
1834 ވަނަ އަހަރު ދިވެހިރާއްޖޭގެ ޗާޓު ކުރެހުމަށް ދެ އިނގިރޭސިއަކަށް ހުއްދަ ލިބިގެން، އެ މަސައްކަތް ނިމުމުން އެމީހުން ދެތިން މަސް ދުވަހު މާލޭގައި ތިބިއިރު، ދިވެހި ބަސް ލިސްޓެއް ލިޔުނެވެ. އެ ބަސް ލިސްޓުގައި މިހާރު ޢާއްމުކޮށް ބޭނުން ނުކުރާ ބައެއް ލަފުޒު ހިމެނެއެވެ. މި މަޒުމޫނުގައި މި ގެނެސްދެނީ އެ ބަސް ލިސްޓްގެ ތެރެއިން މިހާރު އަޑު ނީވޭ ބައެއް ބަހެވެ. ނުވަތަ ލަފުޒެވެ. އެމީހުން ދިވެހިރާއްޖެއަށް އައި ފަހުން މިހާރު 190 އަހަރު ވެއްޖެއެވެ.
މި މީހުން މާލޭގައި ތިބިއިރު، އިނގިރޭސި ދަންނަ ދެތިން ދިވެހީން ނޫނީ މާލޭގައި ނުތިބޭނެއެވެ. އެހެންކަމުން، ލިސްޓް އެކުލަވައިލުމުގައި އެމީހުންނަށް ވަރަށް ގިނަ ކުށްތައް ޖެހިފައި ވެއެވެ. ނަމަވެސް، މި ލިސްޓްގައި މިހާރު ބޭނުން ނުކުރާ، ނަމަވެސް ބޭނުން ކުރަން ރަނގަޅު ލަފުޒު ހިމެނެއެވެ. އަޞްލު ލިސްޓް ތިރީގައިވާ ތަޞްވީރަށް އޮބައިލުމުން ޑައުންލޯޑުވާނެއެވެ.
ޑައުންލޯޑްވާ ލިސްޓްގައި އަޅުގަނޑު ރީނދޫ ކުލައިން ފާހަގަކޮށްފައި އެވަނީ އެކި ގޮތްގޮތުން ފާހަގަކޮށްލަން ބޭނުންވާ ލަފުޒެވެ. މީގެ ބައެއް ލަފުޒު ތިރީގައި އެވަނީއެވެ.
ޑައުންލޯޑްވާ ލިސްޓްގައި އަޅުގަނޑު ރީނދޫ ކުލައިން ފާހަގަކޮށްފައި އެވަނީ އެކި ގޮތްގޮތުން ފާހަގަކޮށްލަން ބޭނުންވާ ލަފުޒެވެ. މީގެ ބައެއް ލަފުޒު ތިރީގައި އެވަނީއެވެ.
abscess [މުލިހި] މޮޅޯހި
ބަސްފޮތަކު ނެތް. 
always ތާއަބަދު، ހައުހިނދު، އަބަދު.
ހައުހިނދު މިއީ އަޑުއިވޭ ލަފުޒެއް ނޫނެވެ.
amber [ގަސްގަހުން ނުކުމެ ގިނަ ދުވަސްވުުމުން ހަރުވެފައި ހުންނަ ކިރު] ގޮމަ. މާވަހަރު، އައްބަ.
އައްބަ އަކީ މުޅިން އެހެން އެއްޗެކެވެ. އިނގިރޭސި ލަފުޒު އެމްބަރ އަކީ ކަހުރަބު ނުވަތަ މަޅެވެ. މިސާލަކަށް ރުގުން އެއީ މިފަދަ އެއްޗެކެވެ. ރުގުނަކީ ފިތުރޯނު ފަދަ ގަހަކުން ނުކުންނަ ކިރެކެވެ. ގޮމަ އަކީ ދިވެހިބަހުން މާވަހަރެވެ. އެހެންކަމުން އިނގިރޭސި ނަން މިއޮތީ އޮޅިފައި ކަމަށް ލަފާ ކުރެވެއެވެ.
ambergris [މާވަހަރު] ގޮމަ
ރަނގަޅު
amusement ސަމާސާ
މުނިފޫހި ފިލުވުމުގެ އަމަލުތަކަށް ސަމާސާ ކިޔާ އަޑެއް ނީވެއެވެ. ނަމަވެސް، ލިސްޓްގައި ތަކުރާރުވާތީ މިއީ ރަނގަޅު ނަންކަމަށް ލަފާ ކުރެވެއެވެ.
anger [ރުޅި] ދީފަ
ރުޅިއަށް ދީފަ ކިޔާތީ އަޑު ނީވެއެވެ. މި ލަފުޒު ބަސްފޮތަކު ނެތެވެ. ނަމަވެސް އިހުގެ ފޮތްތަކުގައި އުރަންނައި އަކީ ރުޅިކަމަށް ވެއެވެ.
arsenic [އާސީނިކް] ކޮކަޑި
ރަނގަޅު
assemble ރެސްވުން، ރެސްކުރުން. [ގިނަ ބަަޔަކު އެއްތަނަކަށް އެއްވުން.]
އެހެން ލިޔުންތަކުން ވެސް މިއީ ރަނގަޅު މާނަކަމަށް ލަފާކުރެވެއެވެ. ރެސްުވުމަކީ ގިނަ ބަޔަކު ތަނަކަށް ޖަމާވުމެވެ.
bale [އެއް ބާވަތެއްގެ މުދައު އެއްކޮށް ބަނދެފައިވާ ބޮޑު ބަންޑެއްޔެއް] ގަޓަރި
މާނަ ރަނގަޅު
beacon lighthouse [ފަނާރު] ހުންގުޅަ
ބަސްފޮތުގައި މި ލަފުޒު ކުޑަކޮށް ތަފާތު މާނައެއްގައި ހިމެނެއެވެ.
bean [ތޮޅީގެ ބާވަތެއް] ހިމެރި
މާލެ މީހުން ކިޔަނީ ހިމެރި ތޮޅިއެވެ. މިއީ ތޮޅީގެ ވައްތަރެކެވެ. ހަމައެކަނި ހިމެރި ވެސް އެ ދުވަސްވަރު ކިޔަނީ ކަމަށް ލަފާ ކުރެވެއެވެ.
beetle [ރުކު މަޑި ބާވަތުގެ ދިރުން ހުންނަ ތަކެތި] ގާފުޅި
ރުކު މަޑިއަށް ނުވަތަ އެހެންވެސް މަޑިއަކަށް، މަކުނަކަށް މިހެން ކިޔާކަން އެހެން ލިޔުމަކުން އަދި ނުފެނެއެވެ.
bite ދައިގަނުން
ރަނގަޅު
small boat punt [ނަވުގައި އެކި ބޭނުމަށް ގެންގުޅޭ ކުދި ދޯނި] ބަރުކަސް.
މިއީ ނައު ފަހަރުގައި ހުންނަ ކުދި ބޮއްކުރައަށް ކިޔާ ނަމެވެ. ބަސް ފޮތަކު ނެތެވެ.
boat (trade) ދަތުރު އޮޑި
މި ލަފުޒު މި މާނައިގައި ބަސްފޮތަކު ނެތެވެ.
boat (voyage) [އިނގިރޭސި ބަހުން މާނަކޮށްފައި އޮތީ ދުރު ކުރާ އޮޑިއަށެވެ.] ފުރަދިއޮޑި
ބަސް ފޮތަކު ނެތް. ފުރެއްދެ އަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިއިން މާނަކޮށްފައި އެވަނީ ދުރު ޤައުމުތަކަށް ދަތުރުކުރާ އޮޑިއަށެވެ.
boom for closing neru [އިހުގައި ނެރު ބަންދުކުރަން ޖަހާ ލަކުޑި ބެރި] ތަޅުވަކަރު
ބަސްފޮތަކު ނެތް.
bow ވޮއްޑުނި
ދުނިދުއްވާން ވަރައަޅާފައި އޮންނަ އެއްޗެއް — ދުނި ދަނޑި
boy ފުތު
ބަސްފޮތުގައި މިހެން ކިޔާކަމަށް ލިޔެފައި އޮތީ ފިރިހެން ދަރިފުޅަށެވެ.
ފުޅި – bottle, the ball or cocoon of a caterpillar
މިއީ ކޮކާ، ބަޅިނދު ފަދަ ތަކެތީގައި ފިޔަލުމުގެ ކުރިން ފަނި ވަދެ އޮންނަ އެތި. ލަފާ ކުރެވޭ ގޮތުން މިއީ ފުޅީގެ އަސްލު މާނަ.
breeches [ހަރުވާޅުގެ ބާވަތެއް] ރަން-ގަވަޅު.
ރަނގަވާޅު. މިއީ ފައިކުރި ފުޅާ ކަކުލަށް ވުރެ ތަންކޮޅެއް ދިގު ހަރުވާޅު.
brush [ބުރުސް] ޖަހަޑު
ރަނގަޅު
buffalo މީގުނު
މިހާރު ކިޔަނީ މީގޮނު
cabin ކުޑަ ހިޔާ
މާނަކޮށްފައި އެވަނީ އޮޑީގައި ހިޔާކޮށްފައި ހުންނަ ބަޔަށް
cable ކެނބު
ރަނގަޅު. މިއީ ނައު ފަހަރުގައި ބޭނުންކުރާ ފަލަ ވައު.
camel [ޖަމަލު] އޮށް
ސިޔަރަތުގައި ހިމެނޭ ލަފުޒެއް. ޖަމަލު.
candleholder [އުއްބައްތި ޖަހާ ހަރެއް] ސަމޭދާން
ރަނގަޅު
capstan [ނަގިލި ނަގާ ބޮޑު ސަރަކަ ފާޑުގެ އެއްޗެއް] ސޮބު
ބަސްފޮތަކު ނެތް
cataract [ލޮލު ކޮއި ހުދުވާ ބައްޔެއް] ލޮލުމައު، މުހަރު
މުހަރު ބަސްފޮތުގައި އެބައޮތް. ލޮލުމައު ނެތް
chandelier [ފަންގިފިލާއިން އެލުވާފައި ހުންނަ ގިނަ ބައްތި ހުންނަ އެއްޗެއް] ދުއްލިސާ
ބަސްފޮތުގައި ލަފުޒު ހިމެނޭ. މާނަ ކުޑަކޮށް ތަފާތު
charcoal އަނގުރު
ރަނގަޅު
chart [ޗާޓު] މުރުބަ
ބަސް ފޮތަކު ނެތް
cheat ޔަހޫދީ
ބަސްފޮތުގައި މި މާނަ ނުހިމެނޭ ނަމަވެސް އިޔަހޫދީ ބޭނުންކުރާ އަޑުއިވިފައިވޭ.
declination [މާލިމީ ކަމުގައި ބޭނުންކުރާ މިނެއް] މާޅު
ބަސްފޮތަކު ނެތް. މާނަ ރަނގަޅުކަމަށް ލަފާކުރެވޭ
elephant މާތަން، އެތް
ފުރަތަމަ ލަފުޒު ބަސްފޮތަކު ނެތް
exact, proper ބުރު
ބަސްފޮތަކު ނެތް ނަމަވެސް ތަކުރާރުކޮށް ބޭނުންކޮށްފައިވާ ވާތީ ރަނގަޅު ކަމަށް ފެނޭ. މި ޚިޔާލުގެ އަނެއް ލަފުޒަކީ ސަރި. މާނައަކީ ބަރާބަރު.
eyelid ލޮލުބޮނޑި
ބަސްފޮތަކު ނެތް. ރަނގަޅު ކަމަށް ފެނޭ.
famous [މަޝްހޫރު] ދަދުރަތި
ބަސްފޮތަކު ނެތް. ރަނގަޅު ކަމަށް ފެނޭ.
fault [ކުށް] ތަކުސީރު
ރަނގަޅު. ބަސްފޮތަކު ނެތް.
third finger [ކަށި އިނގިިލި] ފުޅަވާ އިނގިލި
ރަނގަޅު. ބަސްފޮތަކު ނެތް.
flask [ފެން އަޅާ، މަތިޖެހޭ ކުޑަ ކަންވާރެއް] ކުބުރު
ކުނބުރު. ރަނގަޅު
forehead [ނިތްކުރި] ނީ [ލަފާކުރެވެނީ ނިތް ލިޔަން އުޅެފައިވާ ކަމަށް]
ރަނގަޅު. ބަސްފޮތަކު ނެތް.
foreign [ބޭރު ޤައުމުތަކަށް ނިސްބަތްވާ] ފުރަދި
މިހާރު ކިޔަނީ ފުރެއްދެ. ރަނގަޅު.
forepart of a ship [ނަވުގެ ކުރީކޮޅު] ދީބުރި
ބަސްފޮތަކު ނެތް.
fresh [ތާޒާ] ވަޅެ
ބަސްފޮތަކު ނެތް. ލަފާކުރެވެނީ ރަނގަޅުކަމަށް.
game [ގޭމް] ކުޅި
ރަނގަޅު
glass [ބިއްލޫރި] ކަންނާޑި
މި މާނަ ބަސްފޮތަކު ނެތް. ބިއްލޫރިއަކީ ޢަރަބި ބަހުން ކްރިސްޓަލް.
grammar [ބަހުގެ ގަވާއިދު، ނަހޫ] ކޯކުސާސްތަރު
ބަސްފޮތަކު ނެތް. ލަފާކުރެވެނީ ނުބައިކަމަށް.
gudgeon of rudder (ކޮޅުފަހު މުލަކުގައި ހަރުކުރާ، ހުންގާނު ފިލާގެ ތިރީކޮޅުގައިވާ ކައްޓެއް މެހޭ ގޮތަށް ހަދާފައި ހުންނަ ލޯވަޅެއް އެޅި ބައެއް. މި ހުންނަނީ ރަންވަންލޮއިން ހަދާފައެވެ). އުޅަށް
ރަނގަޅު
gunwale ކަސްމަތި
ބަސްފޮތުގެ މާނައަކީ އޮޑީގެ އަނގަމަތީ ކިއްސަރު/އަރިމަތި. އިނގިރޭސި މާނައަކީ އަރިމަތީ ތުންފަތް. މާނަ ރަނގަޅުކަމަށް ފެނޭ.
gunlock ސަކުމަން [މިއީ އިހުގެ ބަޑީގެ ބަޑިބޭހުގައި ރޯކުރާ އެތި]
ބަސްފޮތަކު ނެތް. ރަނގަޅު ކަމަށް ލަފާކުރެވޭ.
heap އައްސަތި. (މިއީ ފުންޏަށް ކިޔާ ނަމެއް)
ބަސްފޮތަކު ނެތް.
hoop of a cask [ލަކުޑި ފީފާއެއްގެ ބަންދު] ބަޑު
މި މާނަ ބަސްފޮތަކު ނެތް.
hour [60 މިނެއްޓު] ސަހާދު
ބަސްފޮތަކު ނެތް.
inoculate ތޮރުފާދޭނަން. [އިނގިރޭސި ލަފުޒުގެ މާނައަކީ ވެކްސިނޭޓްކުރުން]
ބަސްފޮތަކު ނެތް. މިއިން އެނގޭ އެއްޗަކީ 190 އަހަރު ކުރިން ވެސް މިކަން ދިވެހީން ދަންނަކަން.
iron hoop, sheet iron [އިނގިރޭސީ މާނައަކީ ދަގަނޑު ބަންދު] ދަގަނޑު ދަފަތް
މި މާނަ ބަސްފޮތަކު ނެތް.
judgement [އިނގިރޭސި މާނައަކީ ހުކުމް] ކޮޕަ
މި މާނަ ބަސްފޮތަކު ނެތް.
kind, sort ޒާތް
މާނަ ރަނގަޅު.
lath [އިނިގޭސި މާނައަކީ ތުނި ހަނި ލަކުޑި ފަތި] ފުރުު
މި މާނަ ބަސްފޮތަކު ނެތް.
latitude [ދުނިޔޭގެ ވަށައިގެން ރަހައަށް ދަމާ ޚިޔާލީ ރޮނގު] އަރުޅު
މި މާނަ ބަސްފޮތަކު ނެތް. ރަނގަޅުކަމަށް ފެނޭ.
leisure [ކަމެއް ނެތް ހުސް ވަގުތު] އަވަދި
މި މާނަ ބަސްފޮތަކު ނެތް. ނަމަވެސް ތަކުރާރުވާތީ ރަނގަޅުކަމަށް ފެނޭ.
lobe of ear [ކަންފަތު ފޫޅުގަނޑު] ތިފުޅު
މި މާނަ ބަސްފޮތަކު ނެތް]
lobster, prawn ނައި
ބަސްފޮތުގައިވާ ގޮތުން މިއީ ވަކި ބާވަތެއްގެ އިއްސެކެވެ.
longitude ތޫޅު
ރަނގަޅު. އަޑު ތަފާތު.
madrepore މުޑު
މިއީ ދިވެހި ބަހުން ވަކި ބާވަތެއްގެ ހިރިއެވެ. ރަގަނޅު.
marriage ކާވެނި
ރަނގަޅު. މިއީ ކުރިން މިލަފުޒު ލިޔާ ގޮތެވެ. ކައިވެނި މިއީ ފަހުގެ ގޮތެކެވެ.
mattress [ގޮދަޑި] ސުދަނި
ބަސްފޮތަކު ނެތް
mint [ކުދީނާ] ކުލިތޮޅި
ބަސްފޮތަކު ނެތް.
mirror [މޫނު ބަލާ ލޯގަނޑު] މޫނުބަލާ ކަންނާޑި
ރަނގަޅު
model [އެއްޗެއް ހަދާ ގޮތުގެ ނަމޫނާއެއް] މާދިރި
ރަނގަޅު
monkey [ރާމާ މަކުނު] ރާމާ
ރާމާ ވަކިން ރާމާ މަކުނަށް ކިޔާ ކަމަށް ބަސްފޮތަކު ނުވެއެވެ.
muller [ފޮއެ] ދައެ
ނުބައި. ދައެ ކިޔަނީ ފުޑާއިރު، އަޑީގައި އޮންނަ ހިލަގަނޑަށެވެ. ފޮއެ އަކީ ވަށްކޮށް ކުރުކޮށް މޯލެއްހެން އޮންނަ އެއްޗެކެވެ.
musket [އަތުން ހިފާ ގެންގުޅޭ ބަޑިއެއް] ކާއެތިވާ
ބަސްފޮތަކު ނެތް. ކޮލި ހަސަން މަނިކުގެ އެޓިމޮލޮޖީ ފޮތުގައިވާ ގޮތުން ރަނގަޅު ލަފުޒަކީ ކައިތުވައް
net weights [ދަލެއްގެ އެއް އަރި އަޑިއަށް ފައްތަން ހަރުކުރާ ބަރި] ބަރި
ރަނގަޅު
oakum [ދޯނީގެ ހިއްމިތަކަށް އަޅާ ކަފާސްވެފައި ހުންނަ ރޯނު، ވައު] އިސްތަފާ
ރަނގަޅު
offend, injure [ގެއްލުންދިނުން، އަނިޔާދިނުން] އުރެދުން
ބަސްފޮތުގައި ހިމެނޭ. މާނަ ތަފާތު.
old, worn, spoiled [ބޭނުންކޮށް ބާވެފައި. ފީވެފައި] ބައު، ފިކުރާ
މި މާނަ މިގޮތަކަށް ބަސްފޮތަކު ނެތް. ހީވަނީ ފީވުމަށް، ނިސްބަތްކުރީ ކަމަށް.
ostrich [އޮސްޓްރިޗް] ގިނިކާމާދޫނި
ރަނގަޅު
oyster [ރިނދަލީގެ ބާވަތެއް] އިތާ
ރަނގަޅު
pain ރިހޭ، ތަދު، އަދޮއި. އައްދޯތް
ރަނގަޅު
parcel ބޯކުސާ
މިހާރު ކިޔަނީ ބޮކުސާ. އަސްލަކީ ބޮޚުސާ
passion, anger ރުޅި، ދީފަ.
ދީފަ މި ލަފުޒެއް ނެތް. ނަމަވެސް ތަކުރާރުވާތީ ރަނގަޅު ކަމަށް ފެނޭ.
pattens މަރަވަޅި
ރަނގަޅު
pay, emolument [އުޖޫރަގޮތުގައި ދޭ ފައިސާ] ބަރުސީލު
ބަސްފޮތަކު ނެތް. ނަމަވެސް ރަނގަޅު ކަމަށް ފެނޭ
peg [ފޯއްޔެއްގެ ގޮތަށް ނުކުމެފައި ހުންނަ އެއްޗެހި] އިލި
މާނަ ރަނގަޅު
peacock [މިހާރުގެ ނަމުން ސާމަރާ ދޫނި] ނިމެރި. ސަމަރަ
ރަނގަޅު.
pennant [ތިނެސްކަނަށް ހުންނަ ދިދަ] އަމަރާލި
ބަސްފޮތުގެ މާނަ ކުޑަކޮށް ތަފާތު. ނަމަވެސް ރަނގަޅު
pintle for rudder [ހުންގާނުގެ އިލިގަނޑު] ހުންގާނު ތިނޯސް
ރަނގަޅު
pivot [ވަށައިގެން އެނބުރޭ އެއްޗެއްގެ މެދު ތަނޑި] ނާރިސް
މިހާރު ކިޔަނީ ނާރެސް.
pleasure, amusement މަސަލަސް
މިހާރުގެ މާނަ ތަފާތު. ރަނގަޅު ކަމަށް ފެނޭ
plough [ދަނޑުތަކުގައި ފަސްގަނޑު ޖަހަން ގެންގުޅޭ އާލަތެއް] މަރަދަތި
ހީވަނީ މަށަންދަތި ބުނަން އުޅެފައިވާ ކަމަށެވެ. ނަމަވެސް މިއީ ތަފާތު އެއްޗެއް. އަސް، ގެރި، ޓްރެކްޓަރަކު ފަދަ އެއްޗަކުން ދަނޑުގައި ދަމާ ވެލިގަނޑު ނުފުށަށް ޖަހާ (ފަސްގަނޑު ޖަހާ) އުނދަލި ފާޑުގެ އެއްޗެއް. (ޢ) މިހުރާތު. (ޖ) ކުވަ، ސުކި. (ތުރުކީބަހުން) ޞަބާން.
poison [ވިހަ] ވިހަ. ޕޮއިޔޭން
ފުރަތަމަ ލަފުޒު ރަނގަޅު. ޕޮއިޔޭން އެއީ ކޮން އެއްޗެއްކަމެއް ނޭނގޭ.
post/stanchion [ތެދަށް ހުންނަ ކުރު ކަނިބުރިވަރެއް.] ފުޅަށް. ކަނި
ދެވަނަ ލަފުޒު ރަނގަޅު.
proboscis [މަދިރި ފަދަ ތަކެތި އެއްޗެހި ބޯން ބޭނުންކުރާ ހޮޅި] ހޮނޑު
ރަނގަޅު.
proper, exactness [ބަރާބަރު، ރަނގަޅު] ބުރު
މި މާނަ ބަސްފޮތަކު ނެތް. މި ޚިޔާލަށް ސަރި ކުރިން ކިޔާ. ތަކުރާރުވާތީ ރަނގަޅު ކަމަށް ފެނޭ.
public ބަންޑާރަ
ރަނގަޅު
punishment, award, sentence [އުޤޫބާތު، އަދަބު] ޑުރޯ ދުރޯ
މާނަ ރަނގަޅު ކަމަށް ފެނޭ. މިއީ މިހާރުގެ ބަހުން ޖުރުމާނާ ފަދަ ކުށްވެރިވެގެން ދައްކަން ޖެހޭ ފައިސާ.
punishment by public castigation [އާއްމުންނަށް ފެނިގެން ދޭ އަދަބު] ސީލިވާނު
ރަނގަޅުކަމަށް ފެނޭ.
quadrant [މާލިމީ ކަމުގައި ބޭނުންކުރާ ލަކުޑި އާލަތެއް] ފިލާ
ރަނގަޅު. މިއީ އަކީ އިނގިރޭސިބަހުން ސެކްސްޓަންޓް ކިޔާ އާލަތެއް ނޫނެވެ. އެއަށް ކިޔާ އެހެން ދިވެހި ނަމެއް އޮވެއެވެ.
quiet [ހަމަހިމޭންކަން] ސިރު
މި މާނަ ބަސްފޮތަކު ނެތް. ސިރުކިޔަނީ އިންސާނާގެ ބޮލަށް ނުވަތަ އެހެން ވެސް އެއްޗެއްގެ އެންމެ މަތީ ބަޔަށް.
reef that encompasses an island [ރަށް ވަށައިގެންވާ ފަަރު] ތުރި
ބަސްފޮތަކު ނެތް.
resin [އިނގިރޭސި ބަހުގެ މާނައަކީ ގަހުން ނުކުންނަ ކިރު] މުސަދަރު
މާނަ ނުބައި. މޫސަދަރު ކިޔަނީ ކެމިކަލް އަކަށް (އެމޯނިއަމް ކްލޮރައިޑް).
retina of the eye [ލޮލުގެ އެތެރޭގައިވާ އަލިޖެހުމުން އިޙްސާސް އުފައްދާ ފަށަލަ] ކޮއި
މާނަ ނުބައި
revenue tribute [އާމްދަނީއެއްގެ ގޮތުގައި ވެރި ފަރާތަށް ދައްކަންޖެހޭ ފައިސާ] ވޯޅި
ބަސްފޮތަކު ނެތް.
rhinoceros [އެއް ދަޅު ހުންނަ ބޮޑު ޖަނަވާރެއް] ގެންޑާ
ރަނގަޅު
right, suitable [ރަނގަޅު، އެކަށީގެންވާ] ބުރު
ބަސްފޮތަކު ނެތް. މާނަ ރަނގަޅު ކަމަށް ލަފާކުރެވޭ.
right angle [90 ދަރަޖަ/ޑިގްރީ] ރުބު
މާނަ ރަނގަޅު.
ringworm [ބާވަތެއްގެ ފަންޏެއް] ފެތުރި
ފެތުރި ކިޔަނީ މި ފަނި ހަށިގަނޑުގައި އާލާވުމުން ހަމުގައި ނަގާ ފިތްތަކަކަށް.
rule [ރޫލްގެ މާނަ ގިނަކަމުން މި ބުނަނީ ކޮން އެއްޗެއް ކަމެއް ނޭނގެ] މީސްތައް
ނޭނގޭ.
saint ވަލީވެރި ބޭކަލެއް. އައުލިޔާ
ބަސްފޮތަކު ނެތް. ނަމަވެސް ރަނގަޅު.
satisfaction/gratification [ހިތްހަމަ ޖެހުން] މަސަލަސް
ރަނގަޅު. ތަކުރާރުކޮށް ހިމެނިފައިވާތީ. ނަމަވެސް މި މާނަ ބަސްފޮތަކު ނެތް.
scarlet އުނގުލި
ރަނގަޅު. މިއީ ކައްސަނދުވާންޏާއި ދިރޭ ރަހައާ އެއްކޮށްގެން ހަދާ ރަތް ކުލައެއް. އަދި ވިހައެއް.
screw [އިސްކުރު] ބުރުމާ
މާނަ ނުބައި.
seam between planks [ހިންމި] ހިއްމި
މިހާރު ކިޔަނީ ނޫނު ސުކުން ޖަހާ.
sextant [މާލިމީ ކަމުގައި ބޭނުންކުރާ ރަންވަންލޮއިން ހަދާފައި ހުންނަ އާލަތެއް] ގޯދުރަން
ރަނގަޅު
shark މިޔަރު/ފެމުނު
ރަނގަޅު
sheave/wheel [އެނބުރޭ ވަށް ފުރޮޅެއް، ސޯބެއް] އުރުޅު
ރަނގަޅު ކަމަށް ފެނޭ
shop [ތަކެތި ވިއްކާ ހިޔާވައްސެއް] ފިޔާރަ
މިހާރު ކިޔަނީ ފިހާރަ.
shot/hail [ކުދި އުންޑަ. ގަނޑުކޮށް ވެހޭ ވާރޭ] ފަރުދާގޮސް
ބަސްފޮތަކު ނެތް.
sister [ދައްތަ] ދައިތާ. ގޮއްޔަ
ގޮއްޔަ ބަސްފޮތަކު ނެތް.
slate [އިހުގައި ލިޔަން ގެންގުޅުނު ތުނި ގަލެއް] ވިލަފިލާގަނޑު. ވިޔަ ފިލާގަނޑު
ދެވަނަ ނަން ރަނގަޅު.
smooth [އޮމާން] ތިރި
މި މާނަ ބަސްފޮތަކު ނެތް.
sock [އިސްޓާކީނު] މޮޒަ.
ބަސްފޮތަކު ނެތް.
song [ރާގަކަށް ކިޔާ ލަފުޒުތަކެއް] ރައިވަރު
ރަނގަޅު.
sorry މޮޅި
ރަނގަޅު.
to speak [ވާހަކަ ދެއްކުން] މޮށެން
ރަނގަޅު
speech [ދައްކާ ވާހަކަ] ވިދާޅު
މި މާނައިގައި ނެތް.
stem like a comb [އޮޑިފަހަރުގެ ދިރުބާކޮޅުގައި ހުންނަ މައްޔަލުގެ ކޮޅުގައި ހުންނަ ފުނާ ފަދަ ބައެއް]. ފުނަ.
ރަނގަޅު. ބަސް ފޮތަކު ނެތް.
stern [އޮޑިއެއްގެ ފަހަތު ކޮޅު] ކޮޅުފަސް
ރަނގަޅު.

stick lac [ލާ އާއި ރަތްކުލަ ނަގަން ބޭނުންކުރާ ސުއިއްޕެއް އަޅާފައިވާ ގަހުގެ އޮފި] ޖެރި. ޑަންޑިލަ
ބަސްފޮތަކު ނެތް. ރަނގަޅު ކަމަށް ފެނޭ.
strainer/grating [ފުރޭނި] ހަލިގަނޑު
ރަނގަޅު ކަމަށް ލަފާކުރެވޭ. މިއަށް މިޒަމާނުގައި ކިޔަނީ އިލާގަނޑު.
sugar (common) [ހުދު ހަކުރު] އުއްސަކުރު
ރަނގަޅު.
sugar (candied) [ފުއްޕި ހަކުރު ގޮތަށް ހުންނަ ހަކުރެއް] ނައުވަސަހަކުރު
ބަސްފޮތަކު ނެތް.
sugar (loaf) [ފޯއްޔެއްގެ ގޮތަށް ހުންނަ ހަކުރު] ނަބާސް ހަކުރު
މިހާރު ކިޔަނީ ނަބާޒު ހަކުރު.
sun, time [އިރު، ވަގުތު] އިރު
ރަނގަޅު
surveying vessel [މައްސާޙް މަސައްކަތްކުރާ ނައު] މަޑުތު ލާ ނައު.
ބަސްފޮތަކު ނެތް.
sweet potato [ފޮނިރަހަދޭ ކައްޓަލަ] އޮޅުދޫ ކައްޓަލަ.
މިހާރު މިއަށް ކިޔަނީ ކައްޓަލަ. ކުރިން ކައްޓަލަ ކިޔަނީ އެހެން އެއްޗަކަށް. ބަލާ ފަހު ލަފުޒު.
teak ސަގޮވާނު
މިހާރުކިޔަނީ ހައިވަކަރު. ސަގޮވާނު ބަސްފޮތަކު ނެތް.
teal ރޭރު
ރަނގަޅު.
telescope [ދުރުމި] ދުރުބަލާ ލޯގަނޑު
މިހާރު ކިޔަނީ ދުރުމި، ދުރުމީ.
thwart, stretcher [ފަލިޖަހާ މީހާ އިށީދެގެން އިންނަ ވަކަރުގަނޑު] އިންނަފައި
ބަސްފޮތަކު ނެތް
time-glass ދަންފުޅި
ރަނގަޅު.
toddy މީރަންފު / ރާ
ފުރަތަމަ ލަފުޒު ނެތް. މީރާއަކީ ދަންވަރާއި މެންދުރު ބާލާ ރާ.
trial, match, race [މޮޅުވާ ފަރާތެއް ބަލަން ޖަހާ ރޭސް ފަދަ ހަރަކާތްތައް[ ވާދަ
ރަނގަޅު
twist [ވައު ފަދަ އެއްޗެއް އެނބުރުން] ތުރުލާން
ބަސްފޮތަކު ނެތް.
voyage [ދިގު ކަނޑުދަތުރު] ފުރަދި
ބަސްފޮތަކު ނެތް.
wafer [ތުނި ފަށަލަ] ޅަ
މިހާރު ކިޔަނީ ޅިޔަ. މ. ފިޔާ ނޮޅާއިރު ހުންނަ ޅިޔަޅިޔަ. މަސްގަޑުގައި ފަށްފަށަން ހުންނަ ޅިޔަ.
wages [އުޖޫރަ] ކުޅި
ލަފާކުރެވޭ ގޮތުން ކުލި. މިއީ މިހާރު ކިޔާގޮތް.
wheel [ފުރޮޅު، ސަރަކަ] ސަރަކައި
ރަނގަޅު ލަފުޒަކީ ސަރަކަ.
window [ކުޑަދޮރު] ފުޅަލި
މާނަ ނުބައި.
winnow [ފޮޅުން] ފުޅަން
ފޮޅުން ރަނގަޅު ގޮތަކީ. ކުރިން އެހެންވެސް ކިޔާފާނެ.
wish, desire, care [ފިކުރާވުން] ފިކުރަން
ކުޑަކޮށް ތަފާތު. ފިކުރާވުން ރަނގަޅު ގޮތަކީ.
wood of coconut palm [ރުކުގެ ލަކުޑި] ނިރޮޅު
ރަނގަޅު.
yam [އޮޅުތައް ނޫން ތަންތަނުގައި ހެދޭ ބާވަތުގެ އަލަ. މިހާރުގެ ކައްޓަލަ ބާވަތަށް ހުންނަ އެއްޗެއް. ނަމަވެސް ފޮނިރަހަކުޑަވެފައި ތޮށި ރާޅުވާނެ] ކައްޓަލަ
ރަނގަޅު. މިހާރު މިއިން މާނަކުރަނީ ކުރިން އޮޅުދޫ ކައްޓަލައަށް ކިޔާ އެއްޗަށް.


Leave A Comment