ތިރީގައި މި ގެނެސްދެނީ އިނގިރޭސި އޮކްސްފޮރޑް ޑިކްޝަނަރީ އެއްގެ D އަކުރުގެ ރަދީފެވެ. އިނގިރޭސި ބަހަށް ފަރިތަނޫން މީހުންނަށް އެ ބަސް ދަސްކުރުމަށާއި އިނގިރޭސި ބައެއް ލަފުޒާ ގުޅޭ ދިވެހި ބަސް ހޯދުމަށް މިއީ ބޭނުންތެރި މަސައްކަތަކަށް ވާނެއެވެ.

  • މި ފަހަރު، ކިޔާގޮތުގެ އިތުރަށް ބައެއް ލަފުޒު ބޭނުންކުރާ ގޮތުގެ މިސާލާއި މުހިއްމު މަޖާޒީ ޢިބާރާތްތައް ވެސް ހިމެނިފައި ވާނެއެވެ. ދަންނައެވެ. ދިވެހިބަހުގައި ބޭނުންކުރާ މައިގަނޑު 11 ފިލިން އިނގިރޭސި ލަފުޒުތައް ކިޔާގޮތަކަށް ނުލިޔެވޭނެެއެވެ. އެއީ އެ ބަހުގައި ދިވެހިބަހުގައި ނެތް ދެތިން ހަތަރު ފިއްޔެއް ހިމެނޭތީއެވެ. ޚާއްޞަކޮށް،  ދިވެހިބަހުގައި ހިމެނޭ އައިބައި ފިއްޔާއި އައުބައު ފިލި ހެން ކިޔާއިރު ދޫފުރޮޅޭ އެތައް އަޑެއް އިނގިރޭސި ބަހުގައި ހިމެނެއެވެ.

  • ކިޔާގޮތް ލިޔެފައިވަނީ، ލަންޑަންގެ ވަކި ސަރަޙައްދެއްގެ މެދުފަންތީގެ މީހުން ޒަމާނުއްސުރެ އިނގިރޭސި ލަފުޒުތައް ކިޔަމުން އަންނަ ގޮތަށެވެ. ވާރުތަވެފައިވާ މިގޮތަށް ކިޔަނީ ”ރިސީވްޑް ޕްރޮަނަންސިއޭޝަން“ (RP) އެވެ. ދިވެހި ބަހާ ޚިލާފަށް އިނގިރޭސި ބަހަކީ  ލިޔާގޮތަށް ކިޔާ ބަހެއްނޫނެވެ. ގިނަ ދިވެހީން ބައެއް ލަފުޒު ކިޔަނީ ރޯނުބައިކޮށެވެ. މިސާލެއްގެ ގޮތުން delivery މި ލަފުޒު ދިވެހީން  ކިޔަނީ ”ޑެލިވަރީ“ މިގޮތަށެވެ. ރަނގަޅު ގޮތަކީ ޑިލިވަރީ އެވެ. ގިނަ އިނގިރޭސި ލަފުޒުގައި y އަކުރަށް ނިމޭ ދަމާ އިބިފިލި ކިޔަނީ އީބީފިލި ޖެހުމުން ކިޔާވަރަށް ވުރެ ކުރުކޮށެވެ.

  • މިއީ އިނގިރޭސި ބަސްފޮތުގެ ސާދަބައި ކުޅަ އެއްބައެވެ. މީގައިވާ ލިޔުންތައް  ޕްރިންޓް ކުރައްވާނަމަ، A4 ގެ 300 ޞަފުޙާއަށް ވުރެ ގިނަވާނެއެވެ. ވީމާ، ބޭނުންވާ ތަންކޮޅަކަށް ވުރެ ގިނައިން ޕްރިންޓް ކުރެއްވުން ވާނީ އިސްރާފަކަށެވެ.

D — Demolish

Demon — Dip

Dom — Dystrophy

d

އިނގިރޭސި ވިލާތުގެ ފައިސާ ފޮއްޗެއް ކަމަށް ވާ ޕެނީ ގެ ކުރީގެ ރަމްޒު. މި އަކުރު ބޭނުންކުރަނީ، ލެޓިންބަހުން ރިހި ފައިސާ ފޮއްޗަކަށް ކިޔާ ނަން denarius ކުރުކޮށްލާފައެވެ.

dab

ޑެބް. ނ. 1. ލުއިގޮތަކަށް ޖަހާލުން. 2. ފާރެއް ސާފުކުރާއިރު އިސްޕަންޖެއް އޮއްބައި ދަމާފަދައިން، މަޑު އެއްޗެއް ފިއްތައިގެން އޮއްބައިގެން (މ. ފުހެން) ބާރުލުން. 3. މަޑު އެއްޗެއްގެ ކުޑަ މިންވަރެއް ތަނެއްގައި ހޭކުން. 4. ނުރަސްމީ ބަހުރުވައިން ފިންގަރޕްރިންޓް. —ކ. 1. މަޑުން އެއްޗެއްގައި ޖެހުން ނުވަތަ ތެޅުން. 2. އެއްޗެއް ލުއިގޮތަކަށް އަވަހަށް އޮއްބާލުން ނުވަތަ ފިއްތާލުން.

dab

ޑެބް. ނ. ބާވަތެއްގެ ފަތާ ކުޑަ މަހެއް.

dab

ޑެބް. ނ. ނުރަސްމީ ބަހުރުވައިން ހުނަރުވެރި. މ. އޭނާއަކީ ޓެނިސް ކުޅުމުގައި ޑެބް އަތެކެވެ.

dabble

ޑެބްލް ކ. 1. ފެން ބުރުވާލައިގެން ނުވަތަ ބާނައިނަގައިގެން ތެތްކުރުން. 2. ފައި ނުވަތަ އަތް ނުވަތަ ދޫނީގެ ތުން ފެނުގައި ނުވަތަ ކިސަޑުގައި މަޑުމަޑުން ހިންގާލުން. dabble in  މާބޮޑަށް ފަރުވާތެރިކަމާ ނުލައި އެއްޗެއް ދަސްކުރަން އުޅުން ނުވަތަ މިގޮތަށް މަސައްކަތް ކުރުން. ނ. dabber

dabchick

ޑެބްޗިކް. ނ. ބާވަތެއްގެ ކުޑަ އަސްދޫންޏެއް.

dabster

ޑެބްސްޓަރ. ނ. ނުރަސްމީ ބަހުރުވައިން ހުނަރަކަށް މޮޅު މީހާ.

Dacca

ޑެކާ. ނ. ކުރިން ބަންގްލާދޭޝްގެ ވެރިކަން ކުރާ ރަށް.

dace

ޑޭސް. ނ. ކާޕް ވައްތަރުގެ މީރުފެނުގައި އުޅޭ މަހެއް.

dachshund

ޑަކްސްހުންޑް. ނ. ފައިތައް ކުރު ކުޑަ ކުއްތާއެއް.

dad

ޑޭޑް. ނ. ނުރަސްމީ ބަހުރުވައިން ބައްޕަ.

daddy

ޑެޑީ. ނ. ކުޑަކުދިންގެ ބަހުރުވައިގައި ބައްޕަ.

daddy-long-legs

ޑެޑީ ލޯންގ ލެގްސް. ނ. ފައިތައް ވަރަށް ހިމަކޮށް ދިގުކޮށް ހުންނަ މަކުނެއް.

dado

ޑޭޑޯ. ނ. (ގިނަ ނަމަ dados) ފާރެއްގެ ތިރީބައި. މިބައި ހުންނަނީ ގިނަ ފަހަރު ފިލާފަތި އަޅައި ވަކިކޮށް މުށި ޖަހައި ނުވަތަ އެހެން ކުލައެއް ލައި ފާހަގަކޮށްފައެވެ.

daffodil

ޑެފޮޑިލް. ނ. ގޮނޑިއަކުން ހެދޭ ގަހެއްގައި އަޅާ ރީނދޫކުލައިގެ ތާޅަފިލި މައު. މިގަސް ހެދެނީ ފިނި ޤައުމުތަކުގައެވެ. ނަރުގިސް.

daft

ޑެފްޓް. ނއ. (ނުރަސްމީ ބަހުރުވައިން) މޮޔަ. ސޭކު.

dagger

ޑެގަރ. ނ. ގަޔަށް ހެރުމަށް ހަނގުރާމައިގައި ބޭނުންކުރާ ދެފަރާތުގައި މިޔަލީ ވަޅިއެއް. ހަންޖަރު. at daggers drawn އަރައިރުމެއް ވުމަށް ތައްޔާރުވެފައި. look daggers  ރުޅިވެރިކަމާއެކު ކަޅިއެޅުން.

dago

ޑޭގޯ. ނ. )ގިނަ ނަމަ ( dagoes ނުރަސްމީ ބަހުރުވައިން (ބޭއިޚްތިރާމުގެ ލަފުޒެއް) ބިދޭސީން. ޚާއްޞަކޮށް ދެކުނު ޔޫރަޕުގެ މީހުން.

dahlia

ޑޭލިއާ. ނ. ބަގީޗާގައި ހައްދާ ބޮޑި މަލެއް އަޅައި ގަހެއް. މިގަހުގެ މައު. ދޭލިއާ.

Dail

ޑޮއިލް. ނ. Dail Eireann ކުރުކޮށް އަޔަރލަންޑް ގެ ރައްޔިތުންގެ ތިރީ މަޖިލިސް.

daily

ޑެއިލީ. ނއ. ކޮންމެ ދުވަހަކު ވާ ނުވަތަ ފެންނަ. ދުވަހީ. (މަސައްކަތް ކުރާ ކޮންމެ ދުވަހަކު)، —ކއ. ކޮންމެ ދުވަހަކު އެއް ފަހަރު. ނ. 1. ކޮންމެ ދުވަހަކު ނުކުންނަ ނޫހެއް. 2. ކުރުކޮށް ނުރަސްމީކޮށް، ކޮންމެ ދުވަހަކު ގެއަށް މަސައްކަތްކޮށްދޭން އަންނަ ޚާދިމެއް. daily bread އާމްދަނީ ހޯދުމަށް މީހަކު ކުރާ މަސައްކަތް.

dainty

ޑެއިންޓީ. ނއ. (daintier, daintiest). ކުޑަވެފައި ރީތި. ނާޒުކު. 2. ޚާއްޞަކޮށް ކާނާއާ މެދު ކަންތައް ބޮޑުކުރާ. ކއ. daintily. ނ. daintiness. dainties ނ. ކެއުމުގެ މީރު ބާވަތްތައް.

daiquiri

ޑައިކްވިރި. ނ. ލުބޯހުތާއި ރަމް އަޅައިގެން ހަދާ މަސްތުވާ ރަލުގެ ބާވަތެއް.

dairy

ޑެއިރީ. ނ. 1. ގެރިކިރުން އެކި ބާވަތުގެ ކާ ތަކެތި އުފައްދާ ޢިމާރާތެއް. 2. މިފަދަ ތަކެތި ވިއްކާ ފިހާރައެއް. dairy cream އަޞްލް ކްރީމް. މަސްނޫޢީ ކްރީމް އެއް ނޫން. dairy farm ގެރިކިރާއި ބަޓަރު އުފައްދަން ގެރިގެންގުޅޭ ދަނޑެއް.

dairyman

ޑެއިރީމޭން. ނ. ކިރުގެ ވިޔަފާރިކުރާ މީހާ.

dais

ޑެއިސް. ނ. ތަޚުތެއް ނުވަތަ ވާހަކަ ދައްކާ ޕޯޑިއަމެއް ބަހައްޓާ ތިރި ސްޓޭޖެއް ނުވަތަ ޕްލެޓްފޯމެއް.

daisy

ޑެއިޒީ. ނ. ހިމަ ގިނަ ފިޔަތަކެއް ހުންނަ މަލެއް ނުވަތަ މި މައު އަޅާ ގަސް. ޑޭޒީ.   daisy wheel  ފިޔަތަކެއް ފަދަ ތަނޑިތަކެއްގައި އަކުރުތައް ކަނޑައި ނަގައިގެން ޓައިޕްކުރަން ބޭނުންކުރާ ފުރޮޅެއް. pushing up the daisies ނުރަސްމީ ބަހުރުވައިން މަރުވެގެން ވަޅުލާފައި.

Dakar

ޑަކަރ. ނ. ސެނެގޯލް ގެ ވެރިކަންކުރާ ރަށް.

Dakota

ޑެކޯޓާ. ނ. ޔޫއެސްގެ ދެ ސްޓޭޓެއް. ދެކުނު ޑެކޯޓާ އާއި އުތުރު ޑެކޯޓާ.

Dalai Lama

ޑަލައި ލާމާ. ނ. ޓިބެޓްގެ އެންމެ އިސް ލާމާ.

dale

ޑޭލް. ނ. ވާދީއެއް، ޚާއްޞަކޮށް އުތުރު އިނގިރޭސިވިލާތުގެ ވާދީއެއް.

dally

ޑެލީ. ކ. (dallied, dallying) 1. ކަމެއް ނެތި ހުސްވަގުތު ހޭދަކުރުން. 2. މީހަކާ ލޯބީގެ ގޮތުން ސަމާސާކުރުން. ނ. dalliance.

Dalmatian

ޑެލްމޭޝަން. ނއ. ޔޫގޯސްލޭވިއާގެ މެދު ސަރަޙައްދަށް ނިސްބަތްވާ. —ނ. ކަޅު ލައް ޖެހި ހުދު ބޮޑު ކުއްތާއެއް.

dam

ޑޭމް. ނ. ކޯރެއް ހުރަސްކޮށް ޖަހާ ބާޑި. މި ޖަހަނީ ފެންގަނޑެއް އުފެއްދުމުގެ ބޭނުމުގައި ނުވަތަ އޮއިވަރު ކޮންޓްރޯލްކުރުމަށެވެ. —ކ. (dammed, damming) 1. މިގޮތަށް ފެންގަނޑު ހިފެހެއްޓުމަށް ވެލިން ނުވަތަ ގަލުން ނުވަތަ ކޮންކްރީޓުން ޖަހާ ބާޑި. 2. އެއްޗެއް ހުއްޓުވުން.

dam

ޑޭމް. ނ. ހަތަރު ފައިލީ ޖަނަވާރެއްގެ މަންމަ އެތި.

damage

ޑެމެއިޖް. ނ. 1. އެއްޗެއްގެ ބޭނުންތެރިކަން ކުޑަކުރާ ނުވަތަ ރީތިކަން ގެއްލުވައިލާ ގެއްލުމެއް. 2. ނުރަސްމީ ބަހުރުވައިން އެއްޗެއް ނުވަތަ ކަމެއްގެ އަގު. —ކ. އެއްޗަކަށް ގެއްލުމެއް ދިނުން. damages ގެއްލުމެއްގެ ބަދަލުގައި ހޯދާ ނުވަތަ ލިބިދޭ ފައިސާ.

Damascus

ޑެމެސްކަސް. ނ. ސީރިއާގެ ވެރިކަން ކުރާ ރަށް. ދިމިޝްޤް.

damask

ޑެމެސްކް. ނ. ދެފަރާތުން ކުރެހުން ފެންނަ ފަށުވި ނުވަތަ ކީއްތާނި ފޮއްޗެއް. damask rose ފިނިފެން އަދި އަތަރުހަދަން ބޭނުންކުރާ ފިނިފެންމާ.

dame

ޑެއިމް. ނ. 1. އަންހެނެއް. 2. އަންހެނެއްގެ ރޯލު ކުޅެން ކުދި ތަމުސީލުތަކުގައި އުޅޭ ފިރިހެނެއް. 3. Dame ފިރިހެނުންނަށް ސަރ ގެ ލަޤަބު ދޭފަދައިން، އަންހެނުންނަށް ދޭ މި ފެންވަރުގެ ލަޤަބު.

damn

ޑޭމް. ކ. 1. އަބަދަށް ނަރަކައިގެ އަޒާބަށް ޙުކުމްކުރުން. I am damned if I know (ހުވާކޮށްފައި ބުނާ ފަދައިން) އަހުރެންނަކަށް ނޭނގެއެވެ. 2. ނާކާމިޔާބެއްގެ ގޮތުގައި ނިންމުން. 3. މީހަކާ ދިމާއަށް ހަޑިހުތުރުބަހުން ނާކާމިޔާބާއި ބަލާވެރިކަމަށް ގޮވުން. —ހައިރާންކަމާ އެކު ރުޅިއައުމުން ބުނާ ލަފުޒެއް. let’s go and damn the expenses ޚަރަދަށް ނުބަލައި އަހުރެމެން ދަމާ ހިނގާށެވެ. —ނ. މީހަކާ ދިމާއަށް، އެއްޗަކާ ދިމާއަށް ނުރުހުމުގެ ގޮތުން ބުނާ ލަފުޒެއް. we don’t give a damn (ކަމަކަށް) އެއްވެސް އަޅާލުންތެރިކަމެއް ނެތް. —ނއ،ކއ. ޑޭމް ކޮށްފައި. damn all ނުރަސްމީ ބަހުރުވައިން އެއްވެސް އެއްޗެއް ނެތް.

damnable

ޑޭމްނަބްލް. ނއ. ނުރުހުންވެވޭ. ރުޅިއަންނަ. ނއ. damnably.

damnation

ޑެމްނޭޝަން. ނ. ޑޭމް ކޮށްފައި ނުވަތަ ނަރަކަޔަށް ފޮނުވިފައި. –ގަދައަށް ރުޅިއައުމުން ބުނާ ލަފުޒެއް.

damned

ޑޭމްޑް. ނއ. ޑޭމް ކުރެވޭ. —ކއ. ވަރަށް ބޮޑަށް. މ. it’s damned hot ވަރަށް ބޮޑަށް ހޫނު. do one’s damnedest މީހަކަށް ކުރެވޭނޭ އެންމެ ބޮޑަށް ހިތްވަރު ކުރުން.

Damocles

ޑެމޮކްލީޒް. ނ. sword of Damocles ނުރައްކާތެރިކަން ވަރަށް ގާތުގައި. މިއީ ޔޫނާނީ ވާހަކައެއްގައި ޑެމޮކްލީޒް ކާން އިންނަ އިރު އޭނާގެ ބޯމަތީގައި ތޫނު ކަނޑިއެއް އިސްތައްޓަކުން އެލުވާފައިވާ ހުންނަ ކަމަށް ނިސްބަތްކޮށް ބުނާ ބުނުމެކެވެ.

damp

ޑޭމްޕް. ނ. 1. އެއްޗެއްގައި ނުވަތަ ތަނެއްގައި ހުންނަ ތެތްކަން. 2. ބިމުގެ މައިން އެއްގެ ތެރޭގައި ހުންނަ ނުބައި ވަސް ނުވަތަ ގޮވާ ގޭސް. —ނއ. ކުޑަކޮށް ތެތް. —ކ. 1. ތެތްކުރުން (މ. ފުހެން ބޭނުންކުރާ ފޮތިގަނޑެއް). 2. މޮޅިކުރުވުން. ހިތްވަރު ދިނުމުގެ އިދިކޮޅަށް ކަންކުރުން. 3. އެއްޗެއްގެ ތުރުތުރު އެޅުން ކުޑަކުރުން. —damply ކއ. dampness ނ. damp course ފާރު ރާނާއިރު ތެތްކަން ދަތުރުނުކުރާނޭ ގޮތަށް ފާރުތެރޭގައި އަޅާ ތާރު، ޓިނު، ޕްލާސްޓިކް ފަދަ ފަށަލައެއް. damp down އަލިފާންގަޑެއްގެ ހޫނު މަޑުކުރުމަށް އޭގެ މައްޗަށް އަޅި އެޅުން.

damper

ޑޭމްޕަރ. ނ.  އުނދުނަކަށް ވަންނަ ވައި ކޮންޓްރޯލްކުރުމަށް އެކި މިންވަރަށް ހުޅުވޭ ޖަސްތު ދޮރުފަތެއް. 2. ފޯރިކުޑަކުރުވާ މީހެއް ނުވަތަ އެއްޗެއް.  3. ޕިއާނާއެއްގެ ނަރުތައް ތުރުތުރު އެޅުން ކުޑަކުރުމަށް ނަރުގައި ޖައްސާ އެތިކޮޅެއް.

damsel

ޑެމްޒަލް. ނ. އިހުގެ ބަހުރުވައިން ޒުވާން އަންހެނެއް.

damselfly

ޑެމްޒަލްފްލައި. ނ. އިށީދެގެން އިންނައިރު ދެ ފިޔަ ގާތްކޮށް ބަހައްޓާ ކުޑަ ދޮންދޫންޏެއް. ފަތްމިނި.

damson

ޑެމްސަން. ނ. 1. ކުޑަ ކަޅު، ދަނބުކުލައިގެ ހުންނަ އަލީބޮހާރި ފަދަ މޭވާއެއް. 2. މިއަޅާ ގަސް. 3. މީގެ ކުލަ.

dan

ޑޭން. 1. ޖޫޑޯގައި ވަކި ފެންވަރަކަށް މީހާ މޮޅުވުން. 2. މި ފެންވަރަށް އައިސްފައިވާ މީހެއް.

dance

ޑާންސް. ކ. 1. މިޔުޒިކާ އެއްވަރަށް ނުވަތަ ވަކި ހަމައަކަށް ހަށިގަނޑު ޙަރަކާތްކުރުވުން. ނެށުން. 2. އަވަހަށް ދިރުން ހުރި ގޮތަކަށް ތެޅުވުން. —dance ނ. 1. މިފަދަ ނެށުމެއް ނުވަތަ ހެލުވުމެއް. 2. ނެށުމަށް ބޭނުންކުރާ މިޔުޒިކު. 3. ނެށުމަށްޓަކައި އޮންނަ ބައްދަލުވުމެއް. —dancer ނެށުންތެރިއެއް. dance attendance on މީހެއްގެ ފަހަތުން އެމީހާއަށް އެހީތެރިވުމަށް އުޅުން.

d. and c.

ޑީ އެންޑް ސީ. ނ. ރަޙިމް ސާފުކުރުމަށް ކުރާ އޮޕަރޭޝަން އެއް. ޑައިލޭޝަން އެންޑް ކިޔުރެޓޭޖް. މި އޮޕަރޭޝަންގައި ހިމެނެނީ ރަޙިމްގެ ދޮރު ފުޅާކޮށް، އެއްޗެއް ބާނައިގެން ރަޙިމް އެތެރެ ކަހާލުމެވެ.

dandelion

ޑެންޑެލަޔަން. ނ. ރީނދޫ މަލެއް އަޅާ ވިނައެއް. މައު ހިކިގެން ދިއުމަށް ފަހު ވަޔަށް ފަސޭހައިން ބުރައިގެންދާ ލޯލިތަކެއް ހުންނަ އޮށެއް މިގަހުގައި ހުރެއެވެ.

dander

ޑެންޑަރ. ނ. ނުރަސްމީ ބަހުރުވައިން ހަނގުރާމައިގެ ރޫޙް. ތަޅާފޮޅުމުގެ ޝުޢޫރު.

dandified

ޑެންޑިފައިޑް. ނއ. ޑެންޑީއެއް ފަދައިން.

dandle

ޑެންޑްލް. ކ. ކުޑަކުއްޖަކު އަތްމަތީގައި އުފުލައިލުން ނުވަތަ އަތްމަތީގައި ނެށުވުން ނުވަތަ އަތްމަތީގައި ގާތުން ކިރުދިނުން.

dandruff

ޑެންޑްރަފް. ނ. އިސްތަށިގަނޑުގައި ހުންނަ ބޮލުގެ ހަމުގެ އެތިކޮޅުކޮޅު.

dandy

ޑެންޑީ. ނ. ހެދުން އެޅުމަށާއި ހުންނަ ގޮތަށް އާދަޔާ ޚިލާފު ސަމާލުކަންދޭ ފިރިހެނެއް.

dandy-brush

ޑެންޑީ ބްރަޝް. ނ. އަހުގެ ކެހެރިތަކުގައި ފުނަލެއްގެ ގޮތަށް އަޅަން ގެންގުޅޭ ބުރުހެއް.

Dane

ޑޭން. ނ. ޑެންމާކްގެ ރައްޔިތެއް.

danger

ޑޭންޖަރ. ނ. 1. މަރު ނުވަތަ ގެއްލުމެއް ވެދާނޭ ޙާލަތެއް. 2. ނުރައްކަލެއް. danger money ނުރައްކާތެރި މަސައްކަތް ކުރާ މީހުންނަށް މުސާރައިގެ އިތުރުން ދޭ އެލަވަންސް އެއް.

dangerous

ޑޭންޖަރަސް. ނއ. ނުރައްކާތެރި.  ނުރައްކާވެދާނެ. ނއ. dangerously.

dangle

ޑެއިންގްލް. ކ. 1. ދޫކޮށް ހޫރޭ ގޮތަށް އެއްޗެއް އެއްސުން. 2. އެއްޗެއް މިފަދަ ގޮތަކަށް ހިފުން. 3. މީހަކު ލައްވައި ކަމެއް ކުރުވުމަށް މީހަކަށް އުއްމީދު ލިބޭގޮތަށް އެއްޗެއް ހުށަހެޅުން. މ. ދަރިފުޅު ކިޔަވާތޯ ވަރަށް ގިނަ ތަކެތި އޭނާގެ ކުރިމަތީގައި ޑެއިންގްލް ކޮށްފީމެވެ.

Danish

ޑެނިޝް. ނއ. ޑެންމާކް އަށް ނުވަތަ އެ ޤައުމުގެ އަހުލުވެރިންނަށް ނުވަތަ ބަހަށް ނިސްބަތްވާ. —ނ. ޑެންމާކް ގެ ބަސް. Danish blue ނޫކުލައިގެ ނާރުތަކެއް ހުންނަ ޗީޒްގެ ބާވަތެއް. މ  Danish pastry  މަދު ނުވަތަ އައިސިން  ފަދަ ތަކެތި މަތީގައި އަޅާފައި ހުންނަ ކުޑަ ކޭކެއް.

dank

ޑޭންކް. ނއ. ހިތްގައިމުނޫން ވަރަށް ފިނި އަދި ތެތް.

daphne

ޑެފްނި. ނ. މައު އަޅާ ބާވަތެއްގެ ކުޑަ ގަހެއް.

dapper

ޑެޕަރ. ނ. ހިތްގައިމުކޮށް އަދި ސާފުކޮށް ހެދުން އަޅައިފައިވާ. މ. ޑެޕަރ ކުރު މީހެއް.

dapple

ޑެޕްލް. ކ. ތަފާތު ކުލައަކުން ތަންތަންކޮޅުގައި ކުލަ ޖެއްސުން. މ. ފޮތީގައި. dapple-grey ތަންތަންކޮޅު ކަޅުކޮށް ނުވަތަ ހުދުކޮށް ހުންނަ އަޅިކުލަ. މިކުލައިގެ އަސް.

Darby and Joan

ޑާބީ އެންޑް ޖޯން. ނ. އެކަކު އަނެކަކު ދެކެ ލޯބިން އުޅޭ މުސްކުޅި ދެމަފިރިން. Darby and Joan club މުސްކުޅިންނަށް އިޖްތިމާޢީ ކަންކަން ހިންގާ ކުލަބެއް.

dare

ޑެއަރ. ކ. 1. ކަމެއް ކުރުމުގެ ޖެހިލުންކުޑަކަން ނުވަތަ ކެރުން ހުރުން. 2. ކަމެއް ކުރުމުން ނިކުމެދާނޭ ނޭދެވޭ ނަތީޖާ ބަލައިގަނެވޭނޭ ހިތްވަރު ހުރުން. ނުރައްކަލާ ކުރިމަތިލުން. 3. ދަތި ނުވަތަ ނުރައްކާތެރި ކަމެއް ކުރުމަށް މީހަކަށް ގޮންޖެހުން. I dare say = އަހުރެން ޤަބޫލުކުރަން ތައްޔާރު ގޮތުގައި. އަހުރެން އިންކާރު ނުކުރާ ގޮތުގައި.

daredevil

ޑެއަރޑެވިލް. ނ. ޖެހިލުންކުޑަ، ހައްޓަށް ފަރުވާލެއް ނުބަހައްޓާ މީހެއް.

Dar es Salaam

ޑާރ އައްސަލާމް. ނ. ދާރުއްސަލާމް. ޓެންޒޭނިއާގެ ވެރިކަންކުރާ ސަހަރު.

daring

ޑެއަރރިންގ. ނ. ކެރުން. ޖެހިލުންކުޑަކަން. —ނއ. 1. ކެރޭ. ޖެހިލުން ކުޑަކަމާއެކު ކަމަކުން މެދުވެރިވެދާނެ ހިރާސްތަކާ ކުރިމަތިލާ. 2. ޢާއްމު ގޮތްތަކާ ތަފާތުކޮށް ނުވަތަ އަޅައިގަންނަ ގޮތަށް ކަންތައްތައް ކުރަން ކެރޭ. މ. ހެދުން އެޅުމުގައި. ކއ. daringly.

dariole

ޑެރިއޯލް. ނ. 1. ކުރު ދަޅެއް ތައްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ހަދާ ހެދިކާއެއް. 2. މި ދަޅު.

dark

ޑާކް. ކއ. 1. އަނދިރި ނުވަތަ އަލި ވަރަށް މަޑު. 2. (ކުލައާމެދު) ހުދަށް ވުރެ ކަޅާގާތްކުރާ. މ. ޑާކް ހެދުމެއް، ޑާކް ފެހި. 3. (މީހުންނާ މެދު) ހަންގަނޑު ނުވަތަ އިސްތަށިގަނޑު ވަރަށް ދޮން ނޫން. ކަޅު. 4. ފެންނަ ފެނުމުގައި ހިތްގައިމުކަމެއް ނެތް. ހިތާމަވެރިކުރުވާ. އަނދިރި. މ. ހަނގުރާމައިގެ ޑާކް ދުވަސްވަރު. 5. ސިއްރު. މ. keep it dark = އެ ސިއްރުކުރާށެވެ. 6. ސިއްރުތަކުންފުރިގެންވާ، ގޮތް ނޭނގޭ. މ. ޑާކް ޤައުމެއް. 7. —ނ. 1. އަލިނެތުން. އަނދިރިކަން. 2. އަނދިރި ވަގުތު. ރޭގަނޑު. 3. އަނދިރި ކުލަ. —darkly ކއ. darkness ކ. Dark Ages  މެދު ޒަމާނުގެ ކުރީކޮޅު: ޔޫރަޕުގައި މީހުން ނުކިޔަވައި ތަހުޒީބުކަން ނެތް ދުވަސްވަރު. Dark Blues އޮކްސްފޯރޑް ޔުނިވަސިޓީގެ މީހުން. އެމީހުންގެ ޓީމެއް. dark horse މުބާރާތެއްގެ ކާމިޔާބު ހޯދި، ކުރިން އޭނާގެ މޮޅުކަން އެނގިފައި ނުވާ މީހާ ނުވަތަ އެފަދަ ޓީމެއް. dark-room ފޮޓޯ ސާފުކުރުމުގައި ބޭނުންކުރާ އަލި ނުވަންނަ ކޮޓަރި. in the dark އެއްޗަކާ މެދު މަޢުލޫމާތު ލިބިގެންނުވާ.

darken

ޑާރކްން. ކ. ކުރިއަށް ވުރެ އަނދިރި/ކަޅު ކުރުން ނުވަތަ ވުން. darken a person’s door. މީހަކާ ބައްދަލުކުރަން ދިއުން.

darkish

ޑާކިޝް. ނއ. ވަރަށް ކަޅު.

darling

ޑާރލިން. ނ. 1. ވަރަށް ބޮޑަށް ލޯބިވާ މީހެއް ނުވަތަ އެއްޗެއް. 2. ނުރަސްމީ ބަހުރުވައިން ޝައުޤުވެރިކަން ދަމައިގަންނަ ޖާދުވީ އަސަރެއް ހުރި އެއްޗެއް. —ނއ. ވަރަށް ބޮޑަށް ލޯބިވާ. ނުރަސްމީ ބަހުރުވައިން އަސަރުކުރުވާ.

darn

ޑާން. ކ. ފޮތީގައި ލޯވަޅެއް އެޅުމުން، އެތަނަށް ރޮނދި މަހައިގެން ބެއްދުން. —ނ. މިގޮތަށް ބައްދާފައިވާ ލޯވަޅެއް.

darn

ޑާން. ކުއްލިއަކަށް damn އާ އެއްމާނައެއްގައި ބުނާ ލަފުޒެއް.

darned

ޑާންޑް. ނއ. ކޯފާ ނުވަތަ ނުރުހުން ލެއްވިގެންވާ.

darnel

ޑާރނަލް. ނ. ގޮވާން ދަނޑުތަކުގައި ހެދޭ ތޮނައެއް.

dart

ޑާޓް. 1. ކޮޅު ތޫނުކޮށް ހުންނަ އަތުން އުކާ ވަރަށް ކުރު ދުނިދަނޑިއެއް ނުވަތަ ލޮންސިއެއް ފަދަ  ހަތިޔާރެއް. 2. ޑާޓްސް ކުޅޭއިރު އުކަން ގެންގުޅޭ މިފަދަ ކުޑަ އެއްޗެއް. 3. އަވަހަށް ކުއްލިއަކަށް ޙަރަކާތްކުރާ ކުރުން. 4. ހެދުން ފެހުމުގައި، ހަށިގަނޑުގެ ވަނާތަކަށް ހެދުމުގެ ސިފަ ޖެއްސުމަށް، (މިސާލަކަށް އަންހެނުންގެ ހެދުމުގައި އުރަމައްޗާ ދިމާއަށް އަރިމަތިން ފެށިގެން) ހުސްވަންދެން ޖަހާ ފަތި.  —ކ. 1. ކޮންމެވެސް މިސްރާބަކަށް އަވަހަށް ދުއްވައިގަތުން ނުވަތަ މިފަދަ އަވަސް ހަރަކާތެއް ގެނައުން. 2. އަވަހަށް ދުރަށް ފޮނުވުން.   darts ނ. ހިޔަލުގައި ކުޅޭ ކުޅިވަރެއް؛ މި ކުޅިވަރުގައި ހިމެނެނީ ކުދި ޑާޓް ވަށް ފިލަޔަކަށް އުކުމެވެ.

dartboard

ޑާޓްބޯޑް. ނ. ޑާޓްކުޅޭއިރު، ޑާޓް އުކުމަށް އަމާޒަކަށް ބޭނުންކުރާ ވަށް ފިލާގަނޑެއް.

dash

ޑޭޝް. ކ. 1. ބާރަށް ދުވުން. ހަލުއިކޮށް ދުވުން. 2. އެހެން އެއްޗަކާ ދިމާއަށް އެއްޗެއް ދުއްވުން، އުކުން، ޖެހުން. އެއްޗެއް ޖެހިޖެހީނުން ކުދިކުދިކޮށްލުން. މ. އެ ޚަބަރުން އަހުރެމެންގެ އުއްމީދުތައް ޑޭޝް ވެއްޖެއެވެ. 3. އަވަހަށް ލިއުން. މ. ސިޓީއެއް ޑޭޝްކޮށް ފޮނުވުން. 4. ނުރަސްމީ ބަހުރުވައިން ރިޝްވަތު ދިނުން. ކުއްލިއަކަށް ބުނާ damn މި ލަފުޒާ އެއް މާނަ. —ނ. 1. ކުރު ދުވުމެއް. 2. އެއްޗަކަށް އެއްކުރާ (މ. ހަވާދަކަށް) ކުޑަ މިންވަރެއް. 3. ޑޭޝްބޯޑު ކުރުކޮށް ކިޔާގޮތެއް. 4. ހަކަތަ، ބާރު. 5. ޙަރަކާތްތެރިކަން. ރޫޙް ހުރިކަން. 5. ލިޔުމުގައި ބޭނުންކުރާ – މި ނިޝާން. 6. މޯސްކޯޑްގައި ބޭނުންކުރާ ދިގު އަޑު.

dashboard

ޑޭޝްބޯޑް. ނ. ކާރެއްގެ ވިންޑްސްކްރީންގެ ތިރީގައި ތަފާތު މީޓަރާއި ސްވިޗް ފަދަ ތަކެތި ހަރުކޮށްފައި ހުންނަ ބޯޑެއް ނުވަތަ ފިލާގަޑެއް.

dashing

ޑޭޝިން. ނއ. ދިރުން ހުރި. ދެއްކުންތެރި.

dastardly

ޑެސްޓަޑްލީ. ނއ. އޮޅުވާލުމާއި މަކަރު ހިމެނޭ. ނުރުހުންވެވޭ. ފިޑި. ބަދްއަޚްލާޤީ. މ. ޑެސްޓަޑްލީ ހަމަލާއެއް. ޑެސްޓަޑްލީ ޢަމަލެއް.

data

ޑޭޓާ. ނ. ކަމެއް މަޝްވަރާކުރުމަށް ނުވަތަ ގޮތެއް ނިންމުމަށް ބޭނުންވާ މަޢުލޫމާތާއި ޙަޤީޤަތްތައް. ކޮމްޕިއުޓަރުން ވަކި ކަމެއް ކުރުމަށް ބޭނުންވާ މިފަދަ މަޢުލޫމާތު. މި ލަފުޒު މިހާރު ބޭނުންކުރަނީ ސިންގިޔުލަރ (އެކަހެރި) ލަފުޒެއްގެ ގޮތުގައެވެ. ނަމަވެސް މިއީ ގިނަ ލަފުޒެކެވެ. އެކަހެރި ވުމުން ލެޓިން ބަހުން ކިޔަނީ datum އެވެ. އެހެންކަމުން ބޭނުންކުރަންވާނީ ގިނަ ލަފުޒެއްގެ ގޮތުގައެވެ. data bank ގިނަ މަޢުލޫމާތުތަކެއް ރައްކާކޮށްފައިވާ އެއްޗެއް ނުވަތަ ތަނެއް. data base ގިނަ މަޢުލޫމާތުތަކެއް ތަރުތީބުކޮށް ރައްކާކުރާ އެއްޗެއް ނުވަތަ އެޑޭޓާތައް. data bus ޑޭޓާ އަވަހަށް ދަތުރުކުރާގޮތަށް، ކަރަންޓު ނަރުތައް ހުންނަ ގޮތެއް. data processing ޑޭޓާއެކި ގޮތްގޮތަށް ތަރުތީބުކޮށް އެއަށް ބަދަލުގެނައުން (ޚާއްޞަކޮށް ކޮމްޕިއުޓަރު ބޭނުންކޮށްގެން).

datable

ޑޭޓަބްލް. ނއ. ތާރީޚް އެނގޭ ނުވަތަ ތާރީޚް ބެލިދާނޭ.

date

ޑޭޓް. 1. ނ. 1. ތާރީޚް. ކަމެއް ވާނެ ކަމަށް ބުނާ ދުވަހެއް. ދުވަހާއި މަހާއި އަހަރު ހިމެނޭ ގޮތަށް ކަމެއް ވީ ނުވަތަ ވާނޭ ދުވަހުގެ ޖުމުލައެއް. 2. ވަކި އެއްޗެއް ނިސްބަތްވާ ޒަމާން. 3. ނުރަސްމީ ބަހުރުވައިން ބައްދަލުކޮށްލުމަށް އެއްބަސްވާ ވުން. 4. (އެމެރިކާގައި) ދެ ޖިންސްގެ މީހުން އިޖްތިމާޢީ ގޮތުން ބައްދަލުކޮށްލުން. —ކ. 1. ތާރީޚް ފާހަގަކުރުން. 2. އެއްޗެއްގައި ތާރީޚް ޖެހުން. 3. ވަކި ތާރީޚަކުން ފެށިގެން މ. the custom dates from Victorian times މި އާދަކާދަ ފެށިގެން އަންނަނީ ވިކްޓޯރިއާގެ ދުވަސްވަރުންނެވެ. 4. އެއްޗެއްގެ ދުވަސްވަރު ކަނޑައެޅުން. ދުވަސްވަރާ ނުގުޅޭ ގޮތް ހާމަވާން ފެށުން. 5. އިޖްތިމާޢީ ގޮތުން ބައްދަލުކޮށްލުން. date-line ދުނިޔޭގައި ގްރީނިޗް އިން ފެށިގެން 180 ދަރަޖައިގައި ދަމާ ޚިޔާލީ ރޮނގެއް. މި ރޮނގުން އިރުމަތީގެ ތަންތަން ވާނީ އެއް ދުވަސް ކުރީގައެވެ. out-of-date ޒަމާނާ ނުގުޅޭ. to date މި އަދާ ހަމައަށް.up to date  މި ހިނދާ ހަމައަށް.

date

ޑޭޓް. މުށިކުލައިގެ މޭވާއެއް. މި މޭވާ އަޅަނީ date-palm ގައެވެ. ކަދުރު. date-palm ކަދުރު ރުއް.

dateless

ޑޭޓްލަސް. ނއ. 1. ތާރީޚް ނުހިމެނޭ. 2. ދުވަސްވިޔަސް ޒަމާނާ ގުޅޭ. ބާނުވާ.

datum

ޑޭޓަމް. ނ. 1. data ބަލާ! ޑޭޓާގެ އެކަހެރި (އެކަތިނަމަ ކިޔާ) ގޮތް. މަޢުލޫމާތު ކޮޅެއް. 2. (ގިނަ ނަމަ datums) އެއްޗެއް މިން އަޅަންފަށާ ނުވަތަ ހިސާބުކުރަން ފަށާ ތަން.

daub

ޑޯބް. ކ. މަޑު އެއްޗެއް ތަނެއްގައި ހޭކުން. ހުތުރުގޮތަކަށް ދަވާދުލުން. —ނ. 1. ހަޑިގޮތަކަށް ކުލަޖައްސާފައިވާ ކުރެހުމެއް. 2. މަޑު އެއްޗެއްގެ ފަށަލައެއް ނުވަތަ ހޭކުމެއް.

daughter

ޑޯޓަރ. ނ. 1. އަންހެން ދަރިފުޅު. 2. ދަރިފަސްކޮޅުން އަންހެނެއް. މ. ރެހެންދި ޚަދީޖާގެ ޑޯޓަރ އެއް. daughter-in-law ފިރިހެން ދަރިފުޅުގެ އަނބިމީހާ. (ގިނަ ނަމަ (daughters-in-law.

daunt

ޑޯންޓް. ކ. ބިރު ގަންނަވާލުން. މާޔޫސްކުރުވުން. މ. nothing daunted him = އެއްވެސް ކަމަކުން އޭނާ މާޔޫސް އެއް ނުވެއެވެ.

dauntless

ޑޯންޓްލަސް. ނއ. ކެރޭ. ޖެހިލުންނުވާ.  މާޔޫސްނުވާ. ކއ. dauntlessly.

dauphin

ޑޯފިން. ނ. ފަރަންސޭސިވިލާތުގައި ރަސްކަމެއް އޮތް އިރު ރަސްކަލެއްގެ ފުރަތަމަ ފިރިހެންދަރިފުޅު.

davit

ޑެވިޓް. ނ. އުޅަނދުފަހަރުގައި ލައިފްބޯޓު ފަދަ ތަކެތި ތިރިކުރަން ހުންނަ ކެރޭނެއް.

Davy Jones

ޑޭވީ ޖޯންސް. ނ. ކާފަރުން ދެކޭގޮތުގައި ކަނޑުގެ އިފުރީތު. Davy Jones’s locker ކަނޑުމަތީ މަރުވާ މީހުންނާއި ޣަރަޤުވާ މީހުންގެ ގަބުރުސްތާނުގެ ގޮތުގައި ދެކޭ ކަނޑުގެ އަޑީގައިވާ ބިން.

dawdle

ޑޯޑްލް. ކ. ވަރަށް ލަސްލަހުން އެކި ތަންތަން ބަލަމުން ހިނގުން. ނ. dawdler.

dawn

ޑޯން. ނ. 1. ފަތިސް. ދުވާލުގެ ފުރަތަމަ އަލިކަން. ފަޖުރު. 2. ކަމެއްގެ ފެށުން. މ. ޙަޟާރަތެއްގެ ޑޯން. —ކ. 1. އަލިކަން ފެތުރޭން ފެށުން. 2. ފެންނަން ފެށުން. މ. ޙަޤީޤަތް ޑޯންވުން.

day

ޑެއި. ނ. 1. ދުވާލު. އިރު އުޑުމަތިން ފެންނަ ވަގުތު. 2. ދުނިޔެ ވަށައިގެން ބުރެއް ފުރިހަމަ ކުރާ ވަގުތު. 24 ގަޑިއިރު، ޚާއްޞަކޮށް ރޭނގަޑު 12 އިން އަނެއް ދުވަހުގެރޭ 12 އަށް. 3. މަސައްކަތަށް ހޭދަކުރާ ވަގުތު. މ. 8 ގަޑިއިރުގެ ޑޭއެއް. 4. ވަކިކަމަކަށް ޚާއްޞަކޮށްފައިވާ ދުވަހެއް. 5. ވަކި ދުވަސްވަރެއް. މ. ވިކްޓޯރިއާ ރާނީގެ ދުވަހުގައި. 6. ކާމިޔާބުގެ މުއްދަތެއް. މ. އިޓަލީއަށް އެ ޤައުމުގެ ދުވަސް އަތުވެއްޖެއެވެ. 7. މުބާރާތެއްގައި ކާމިޔާބުވުން. މ. އެއީ އެ ކުލަބުގެ ދުވަހެވެ. day-boy, day-girl ދުވާލު މަދަރުސާއަށް ގޮސް، ރޭގަނޑު (ދަނާލެއްގައި ނޫޅެ) ގެއަށް އަންނަ ކުއްޖާ. day-break ފަތިސް. day by day ކޮންމެ ދުވަހަކު. day centre މުސްކުޅީންނާއި ނުކުޅެދޭ މީހުންނަށް މުނިފޫހިފިލުވުމުގެ ކަންކަން އޮންނަ މަރުކަޒެއް. day in day out ކޮންމެ ދުވަހަކު. ނިމުމެއް ނެތި. day nursery ބެލެނިވެރިން ގެ މަސައްކަތު ވަގުތުގައި ދަރިން ބަލާ ތަނެއް. day release މުވައްޒަފުން ތަމްރީނަށް ވަޒީފާއިން ދުވަހަކަށް ވީއްލާ ނިޒާމެއް. day return ފުރާ ދުވަހު އަންނަންޖެހޭ ގޮތަށް ވިއްކާ ދަތުރުގެ ޓިކެޓް.

daybook

ޑޭބުކް. ނ. ވިކޭ ތަކެތި ވަގުތުން ލިޔާ ފޮތް. ވިކުރާ ފޮތް.

day-dream

ޑޭ-ޑްރީމް. ނ. ހިތްގައިމު އުފާވެރި ޚިޔާލުތައް. —ކ. މިފަދަ ޚިޔާލުތަކަށް ފިކުރު ގެއްލުން.

daylight

ޑޭލައިޓް. ނ. 1. ދުވާލުގެ އަލި. 2. ފަތިސް. daylight robbery ލަދެއް ނެތި މީހުންނަށް މަކަރުހަދައިގެން ފޭރުން. daylights ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް. މ. beat daylights out of him މީހަކަށް ވަރަށް ބޮޑަށް ކުރާ އަނިޔާ. see daylight ކުރިން އޮޅުން ނުފިލާކަމެއް އެނގެން ފެށުން.

daytime

ޑޭޓައިމް. ނ. ދުވާލުގެ އަލި ހުންނަ ވަގުތު.

daze

ޑޭޒް. މ. ހަށިގަނޑުގައި ޖަހައިގެން ނުވަތަ އެހެންވެސް ގޮތަކަށް މީހަކު ބަސްހުއްޓި ގަނޑުކޮށްލުން. —މ. މިހެންވެފައިވާ ޙާލަތް.

dazzle

ޑެޒްލް. ކ. 1. އުޖާލާ އަލިތަކެއް ލޮލަށް އަޅުވައިގެން މީހަކަށް ސާފުކޮށް ނުފެންނަ ގޮތް ހެދުން. 2. ދައްކާ މޮޅު ދެއްކުމެއްގެ ސަބަބުން މީހަކު އާސޯޚްވެ، ހައިރާންވެ، ނުވަތަ ވާގޮތް ނޭނގި ހުއްޓުން އެރުން. —ނ. ވާނުވާ އޮޅޭފަދަ ގަދަ އަލި.

DC

ޑީސީ. ނ. ކުރުކޮށް ޑިރެކްޓް ކަރަންޓު ނުވަތަ ޑިސްޓްރިކްޓް އޮފް ކޮލަމްބިއާ.

D-Day

ޑީޑޭ. ނ. މުހިއްމު ކަމެއް ފަށާ ދުވަސް.

deacon

ޑީކަން. 1. ބައެއް ނަސާރާ ފައްޅިތަކުގައި ވެރިމީހާގެ ދަށުން ހުންނަ ކުޑަ ފާދިރީއެއް. 2. ފައްޅިއެއްގެ ހިންގުމުގެބައެއް ކަންކަމުގައި ޙަރަކާތްތެރިވާ ޢާއްމު ފިރިހެން މީހެއް. deaconess އެފަދަ އަންހެން މީހާ.

dead

ޑެޑް. ނއ. 1. ދިރުމެއް ނުވާ. 2. އެއްވެސް އެއްޗެއް އިޙްސާސް ނުވާ. 3. ބޭނުމެއް މިހާރު ނުކުރާ. މ. ޑެޑް ބަހުރުވަ. 4. ދިރުމެއް ނުވާ، ދަޅައެއް ހޫނުކަމެއް ނުވާ. ޑެޑް އަލިފާންދަނޑި (ރޯވެ ނިވިފައިވާ). 5. މަސައްކަތް ނުކުރާ ނުވަތަ ޙަރަކާތް ނުކުރާ. (މ. ޑެޑް ޓެލިފޯން). 6. ޙަރަކާތެއް، ގުޑުމެއް، ޝައުޤެއް އަސަރެއް ނުވާ. މ. މާރުކޭޓް ހުކުރު ވަގުތުގައި ޑެޑް އެވެ. 7. (ބޯޅަ ކުޅިވަރުތަކުގައި) ކުޅުމަކަށް ނުވާ. 8. ފުރިހަމަ، ބަރާބަރަށް. މ. ޑެޑް ސެންޓަރ = ސީދާ މެދު. ޑެޑް ސައިލަންސް = ފުރިހަމަ ހަމަހިމޭންކަން. —dead ކއ. މުޅިން. މ. ބަރާބަރަށް. ޑެޑް ލެވެލް = ބަރާބަރު ރަހައަށް. —dead ނ. ޙަރަކާތްތެރިކަން ނެތް އަޑުމަޑު. މ. ޑެޑް އޮފް ދަ ނައިޓް = ރޭގަނޑުގެ ހަމަ ހިމޭން ކަމުގައި. dead-alive (ތަނަކާމެދު) ދިރުމެއް ނުވާ. dead beat ވަރަށް ބޮޑަށް ވަރުބަލި ވެފައި. dead-beat މިފަދަ މީހެއް. dead duck ނުރަސްމީ ބަހުރުވައިން ބޭނުމެއްނެތް، ކާމިޔާބެއްނެތް އެއްޗެއް.  dead end އެއްކޮޅު ބެދިފައިވާ ގޯޅިއެއް ނުވަތަ މަގެއް. ބެދުނު ތަން. dead-end job ކުރިއެރުމެއް ނުވާ ވަޒީފާ. dead heat ދެމީހަކު ނުވަތަ ގިނަ މީހުން ހަމަ އެއްފަހަރާ ނިމޭ ރޭހެއް. dead-heat މިގޮތަށް ނިމުން. dead letter ޢަމަލު ނުކުރާ ގަވާއިދެއް ނުވަތަ ޤާނޫނެއް. dead man’s handle ރޭލެއްގައި، އިންޖީނާއި ފުރޮޅުތައް ވަކި ކުރާ ދަނޑިއެއް ނުވަތަ ފާލެއް. dead march ސަންދޯކުގެ ފަހަތުން ކުރާ މާރޗް އެއް. dead nettle ކަށި ނުހުންނަ ގަހެއް. dead-pan ނއ. (ނުރަސްމީ ބަހުރުވައިގައި) މޫނުމަތިން އެއްވެސް ޝުޢޫރެއް ފާޅުނުކުރާ. dead reckoning ފިލާއެޅެން ނެތުމުން އޮޑިއެއް ހުރި ތަން ދުވެލީގެ ބާރުމިނާއި ސަމުގާއިން ބެލުން. Dead Sea ލޮނުކަން ގަދަ ފަލަސްތީނުގައިވާ އެތެރޭ ކަނޑެއް. dead set ހަރުދަނާކަމާއި ޢަޒުމާއެކު ދޭ ހަމަލާއެއް. dead weight އެއްޗެއްގެ ޠަބީޢީ ބަރުދަން. ނުވަތަ ބޮޑު ބަރެއް.

deaden

ޑެޑްން. ކ. އެއްޗެއްގެ ދިރުން، ނުވަތަ ގަދަކަން ނުވަތަ އިޙްސާސްތައް ކުޑަކުރުން. މ. އަޑު ޑެޑްން ކުރުން.

deadline

ޑެޑްލައިން. ނ. ކަމެއް ކުރަން އޮންނަ ގަޑީގެ ހުދޫދު ނުވަތަ އިން. ސުންގަޑި. ކުރިން މީގެ މާނައަކީ ޖަލެއްގެ ވަށައިގެން އޮންނަ ރޮނގެކެވެ. މި ރޮނގު ހުރަސްކޮށްފި ނަމަ، މަރަން ބަޑި ޖަހާ ނެއެވެ.

deadlock

ޑެޑްލޮކް. ނއ. ކުރިއެރުމެއް ނުވުން. ހުއްޓުމަކަށް އައުން. —ކ. މިފަދަ ޙާލަތަކަށް އައުން ނުވަތަ ގެނައުން.

deadly

ޑެޑްލީ. ނއ. (deadlier, deadliest) 1. މަރުވާނެ ފަދަ (މ. ވިހައެއް) 2. މަރު ފަދަ. މ. ޑެޑްލީ ހަމަހިމޭންކަން. 3. ނުރަސްމީ ބަހުރުވައިން ފޫހި، ދިރުމެއް ނުވާ. —ނ. deadliness.  deadly nightshade ވިހަ މުރާކިއަޅާ ގަހެއް. the seven deadly sins ނަސާރާދީނުގައި، ރޫޙަށް އަނިޔާލިބޭ ހަތް ފާފަ.

deaf

ޑެފް. ނއ. 1. ބީރު. ކަންފަތަށް އަޑު އިވުމުން މަޙްރޫމް ވެފައިވާ. 2. ބަސް އެހުމަށް އިންކާރުކުރާ. މ. ހުރިހާ ނަސޭހަތަކަށް ޑެފްވުން. ނ. deafness. deaf-aid އަޑު އިވުމަށް އެހީތެރިވާ އާލަތެއް. deaf mute މަންމަން އަދި ބީރު މީހެއް.

deafen

ޑެފްން. ކ. ބީރުކުރުވުން ނުވަތަ ބީރުވުން މ. ބާރުގަދަ އަޑެއް އިއްވައިގެން.

deal

ޑީލް. ނ. އޮރިމަސް ވަކަރު.

deal

ޑީލް. ކ. (deal, dealing) 1. އެތައް ބައެއްގެ މެދުގައި ބެހުން. މ. ތާސްބައިގެ ގަނޑުތައް. 2. ދިނުން، ޖެހުން. މ. އެތިފަހަރެއް ޑީލް ކުރުން. 3. ވިޔަފާރިކުރުން. މ. އެމީހުން ޑީލް ކުރަނީ ބިންބިއެވެ. —ނ. 1. ބައިބަޔަށް އަޅައި ދޭ ދިނުން. 2. ވިޔަފާރީގެ މުޢާމަލާތެއް. 3. މީހަކާ މެދު ޢަމަލުކުރެވޭ ގޮތް. މ. އޭނާއަށް ނިޔާވެރި ޑީލް އެއް ނުލިބުނެވެ. 4. ނުރަސްމީ ބަހުރުވައިން ބޮޑު މިންވަރެއް.  —dealer ނ. a good deal, a great deal ގިނަ މިންވަރެއް. deal with ވަކި އެއްޗަކުން ވިޔަފާރިކުރުން. މައްސަލައެއް ޙައްލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން. ކަމަކާ ނުވަތަ މައުޟޫޢުއަކާ މެދު ވާހަކަ ދެއްކުން=  deal with the subject

dean

ޑީން. ނ. 1. ނަޞާރާދީނުގެ އިސް މަޤާމެއް. 2. ވަކި މާއްދާއެއްގެ ކިޔެވުން އިންތިޒާމުކުރުމަށް މަދަރުސާތަކާއި ޖާމިޢާތަކުގައި ހުންނަ މީހާގެ މަޤާމް. rural dean އެތައް އަވަށްތަކެއްގެ ދީނީ ކަންތައްތައް ބެލުމަށް ހުންނަ މީހެއް.

deanery

ޑީނަރީ. ނ. 1. ޑީން އެއްގެ މަޤާމު. 2. އެމީހާގެ ރަސްމީ ގެ ނުވަތަ އޮފީސް.

dear

ޑިއަރ. ނއ. 1. ވަރަށް ލޯބިވާ. ވަރަށް ބޮޑަށް އަގުކުރާ. 2. ޤަދަރުކުރާ. Dear Sir ސިޓީ ލިޔުމުގައި ފެށޭއިރު ބޭނުންކުރާ ޢިބާރާތެއް. 3. އަގާއަޅާބަލާއިރު، ކުރާ މަންފާ ކުޑަ. އަގުބޮޑު. —ނ. ވަރަށް ގާތް މީހެއް. ނއ. ވަރަށް އަގުބޮޑުކޮށް. ވަރަށް ގާތްކޮށް. —ކުއްލިގޮތަކަށް ބުނާ ހައިރާންކަމުގެ ނުވަތަ ހިތާމައިގެ ޢިބާރާތެއް. ކއ. dearly. ނ. dearness.

dearth

ޑާރތް. ނ. ތަކެތި މަދުކަން. ތަދުކަން.

death

ޑެތް. ނ. 1. މަރުވުމުގެ ސަކަރާތްގަޑު. ޙަޔާތުގެ ނިމުން. 2. މަރުގެ ޙާލަތު. 3. މަރާ ސަބަބު. މ. އެ ބުޔުމަކީ އޭނާގެ މަރެވެ. 4. ކަމެއްގެ ނިމުން. މ. އުއްމީދުތަކުގެ ޑެތް. at death’s door މަރާ ގާތް. death-bed މީހަކު މަރުވާ ނުވަތަ މަރާ ގާތްވާއިރު އޮންނަ އެނދު. death certificate މަރުވި ތާރީޚާއި ތަނާއި ސަބަބު ބަޔާންކުރާ ރަސްމީ ލިޔުން. death duty މަރުވުމުން މީހެއްގެ މުދަލުން ދައްކަން ޖެހޭ ޓެކްސް. death penalty ކުށެއް ކުރުމުން ދެވޭ މަރުގެ އަދަބު. death-rate ކޮންމެ 1000 މީހެއްގެ ތެރެއިން އަހަރަކު މަރުވާ މީހުންގެ ޢަދަދު. death-roll ހަނގުރާމައެއްގައި ނުވަތަ އެކްސިޑެންޓްއެއްގައި މަރުވި މީހުންގެ ލިސްޓް. death’s head މަރުގެ ރަމްޒެއްގެ ގޮތުގައި ބޭނުންކުރާ މިނިކަށިގަނޑެއްގެ ބޯ ހިމެނޭ ކުރެހުމެއް. death-trap ފުރާނައަށް ނުރައްކާ ހުރި ތަނެއް. death-watch beetle ލަކުޑި ބޮއެހަދާ ހަސަރާއެއް. put to death މަރާލުން. to death ވަރަށް ބޮޑަށް. ކެތް ނުކުރެވޭ ވަރަށް. މ. bored to death މަރުވާ މިންވަރަށް ފޫހިވެފައި. to the death އެކަކު މަރުވަންދެން. މ. ތަޅާފޮޅުމެއް.

deathless

ޑެތްލަސް. ނއ. މަރުވުމެއް ނުވާ. އަބަދު ދިރިގެންވާ.

deathly

ޑެތްލީ. ނއ. ކއ. މަރުފަދަ. މ. ޑެތްލީ ސައިލަންސް. މަރުފަދަ ހަމަހިމޭންކަން.

debacle

ޑިބަކްލް. ޑޭބަކްލް. ނ. ބޮޑު މުސީބާތެއް. މުޅިން ފޭލިވުން. ކުއްލިއަކަށް މުޅިން ނެތިގެން ދިއުން.

debar

ޑިބަރ. ކ. (debarred, debarring) ނުހިމެނުން. މަނާކުރުން.  (މ. މީހަކު ކަމެއްކުރުމުން ޑިބާރ ކުރުން.)

debase

ޑިބޭސް. ކ. އެއްޗެއްގެ ފެންވަރު ނުވަތަ އަގު ދަށްކުރުން. (މ. ރަނުގެ ތެރެއަށް ލޮއި އެއްކޮށްގެން. ހަނގުރާމައިން އިންސާނުން ޑިބޭސް ވެއެވެ.) ނ. debasement.

debatable

ޑިބޭޓަބްލް. ނއ. ބަހުސްކުރެވިދާނޭ. ޔަޤީން ނޫން. އެކަމާ ސުވާލުކުރެވޭ. (މ. ޤައުމެއް ހިންގުމަށް ޑިމޮކްރެސީއަކީ ޑިބޭޓަބްލް ނިޒާމެކެވެ.)

debate

ޑިބޭޓް. ނ. ރަސްމީ ބަހުސެއް. މުނާޒަރާއެއް، ޖަދަލުކުރުމެއް،  —ކ. 1. ރަސްމީ ސިފައެއްގައި ބަހުސެއް ބޭއްވުން. 2. ބަހުސްކުރުން.

debauch

ޑިބޯޗް. ކ. އެއްޗެއްގެ ފިޠުރީ ޠޯހިރުކަން ނަގައިލުން ނުވަތަ ގެއްލުވައިލުން. ނ. މިފަދަ ޢަމަލުތަކެއް ހިންގާ ޙަރަކާތެއް (ޑްރަގާއި ރާބުއިމާއި ޖިންސީ ކަންތައްތަކުގައި ހައްދެއްނެތި އުޅޭ ޙަރަކާތެއް).

debauchery

ޑިބޯޗަރީ. ނ. ގެއްލުންލިބެނިވި، ފާސިގު ކަންކަމުގައި ހައްދެއްނެތި ބައިވެރިވާ ވުން.

debenture

ޑިބެންޗަރ. ނ. ކަނޑައެޅިފައިވާ ވަކި އިންޓަރެސްޓްއެއް ދައްކަންޖެހޭ ދަރަނި ސެޓިފިކެޓެއް ނުވަތަ ބޮންޑެއް.

debilitate

ޑެބިލިޓޭޓް. ކ. ބަލިކުރުން ނުވަތަ ބިކަކުރުން. ޟަޢީފުކުރުން.

debility

ޑެބިލިޓީ. ނ. ބަލިކަށިކަން. ޟަޢީފުކަން.

debit

ޑެބިޓް. ނ. އެކައުންޓް ފޮތުގައި ވެރިފަރާތް އެހެން ފަރާތަކަށް ދައްކަންޖެހޭ ކަމަށް ފާހަގަކޮށްފައިވާ ދަރަނި. —ކ. (debited, debiting) އެކައުންޓެއްގައި ދަރަންޏެއްގެ ގޮތުގައި ފާހަގަކުރުން.

debonair

ޑެބޮނެއަރ. ޑެބަނެއަރ. ނއ. އުޅުމުގައި، ނަފްސަށް ޔަޤީންކަން އޮންނަ، ކަންކަމާ ކަންބޮޑުނުވާކަން ދައްކާ.

debrief

ޑިބްރީފް. ކ. ނުރަސްމީ ބަހުރުވައިން މީހެއްގެ ކައިރީގައި އޭނާ އާ ޙަވާލުކުރިކަމެއް ކޮށް ނިންމިގޮތް ދެތުމަށް ސުވާލުކުރުން.

debris

ޑެބްރީ. ނ. އެކިތަންތަނަށް ބުރުއްސައިގެން ގޮސްފައިވާ އެތިކޮޅުތައް. އެއްޗެއް ހަލާކުކޮށްލީމާ އެކި ހިސާބަށް ފެތުރިފައިހުންނަ ބައިތައް.

debt

ޑެޓް. ނ. އެކަކު އަނެކަކަށް ދަރަންޏެއްގެ ގޮތުގައި ދައްކަންޖެހޭ އެތި. ދަރަނި. in debt ދަރަންޏެއް އަދާކުރަންޖެހޭ.

debtor

ޑެޓަރ. ނ. ދަރައިގެން އެހެން ފަރާތަކަށް ފައިސާ ދައްކަންޖެހޭ މީހާ.

debug

ޑިބަގް. ކ. (debugged, debugging) އެއްޗެއް ނުވަތަ ތަނެއް ގައިވާ ކުށް، ހަސާރާ، ފަނިފަކުސަ، މައިކްރޮފޯންތައް، ކެމެރާތައް ހޯދާ އެތަކެތި އެ އެއްޗަކުން ނުވަތަ ތަނަކުން ނެގުން.

debunk

ޑިބަންކް. ކ. ހުށަހަޅާ ހުށަހެޅުމެއް ނުވަތަ ނަޒަރިއްޔާއެއް އެއީ ތާކުންތާކު ނުޖެހޭ އެއްޗެއްކަން ސާބިތުކުރުން.

debut

ޑޭބޫ. ނ. ޢާއްމުންނަށް އެންމެ ފުރަތަމަ ހުށަހަޅާ ހުށަހެޅުން ނުވަތަ ފެންނަ ފެނުން.

debutante

ޑެބްޔޫޓާންޓް، ޑެބިޔުޓާންޓް. ނ. ޑޭބޫއެއްގައި ފެންނަ މީހާ. ފިރިފުރާވަރުވުމުން މުޖުތަމަޢުއަށް ފުރަތަމަ ފަހަރަށް ނެރޭ އަންހެންކުއްޖާ.

decade

ޑެކޭޑް. ނ. ދިހަ އަހަރު. ދަސް އަހަރު.

decadent

ޑެކަޑެންޓް. ނއ. ފެންވަރު ވެއްޓެމުންދާ. ދެއްކުންތެރިކަމާއި ބޭނުންނުވާ ޒީނަތްތެރިކަން ހިމެނޭ. މ. ޑެކަޑެންޓް އަރާމު، ޑެކަޑެންޓް ކޭކު. ނ. decadence.

decaffeinated

ޑިކެފިނޭޓިޑް. ނއ. ކޮފީ ފަދަ ތަކެތީގައި ހުންނަ ކެފެއިން މަދުކޮށްފައި ނުވަތަ ނަގާފައި.

Decalogue

ޑެކަލޮގް. ނ. ޔަހޫދީންނާއި ނަޞާރާއިން ކުރަންޖެހޭ ބާވައިލެއްވިކަމަށް ބުނާ ދިހަ ކަންތައް.

decamp

ޑިކޭމްޕް. ކ. ސިއްރުން ނުވަތަ ކުއްލިއަކަށް އެހެން ތަނަކަށް ދިއުން.

decant

ޑިކާންޓް. ޑިކޭންޓް. ކ. 1. ކަންވާރެއްގައި ހުރި ދިޔައެއް އޭގެ އަޑީގައި ހުރި އެއްޗެއް ނުގުޑުވާ އެހެން ކަންވާރަކަށް ނުވަތަ ތަނަކަށް އޮއްސުން. 2. އެއްތަނުން އަނެއް ތަނަށް ނަގުލުވުން.

decanter

ޑިކޭންޓަރ. ނ. ރާފުޅިން ތަށިތައްޓަށް ރާ އެޅުމަށްޓަކައި ގެންގުޅޭ އުނގުރި ޖެހި ބިއްލޫރި ފުޅިއެއް.

decapitate

ޑިކެޕިޓޭޓް. ކ. މީހެއްގެ ބޯކަނޑާލުން.

decathlon

ޑިކަތްލޯން. ނ. ކޮންމެ ބައިވެރިއަކު ދިހަ ބާވަތުގެ ޙަރަކާތުގައި ބައިވެރިވާންޖެހޭ ކަސްރަތު މުބާރާތެއް.

decay

ޑިކޭ. ކ. 1. ކުނިވެގެން ދިއުން. ކުނިވާގޮތް ހެދުން. 2. ގަދަކަން ނުވަތަ ވަރު ނެތިގެން ދިއުން. —ނ. ކުނި.

decease

ޑިސީސް. ނ. ރަސްމީ ބަހުރުވައިން މަރު.

deceased

ޑިސީޒްޑް. ނއ. މަރުވެފައިވާ. the deceased ދާދިފަހުން މަރުވެފައިވާ މީހުން.

deceit

ޑިސީޓް. ނ. ޙަޤީޤަތާ ޚިލާފުކަމެއް މީހަކު ލައްވާ ޤަބޫލުކުރުވުމުގެ ޢަމަލު. މީހަކަށް އޮޅުވާލުމުގެ ޢަމަލު. ތެދުވެރިނުވުމުގެ ސިފަ.

deceitful

ޑިސީޓްފުލް. ނއ. މަކަރުވެރި. އޮޅުވާލުން ނުވަތަ ޙަޤީޤަތާ ޚިލާފު ދެއްކުންތައް ދައްކާ. ކއ. deceitfully.

deceive

ޑިސީވް. ކ. 1. ޙަޤީޤަތާ ޚިލާފު ކަމެއް، މީހަކު ލައްވާ ޤަބޫލުކުރުވުން. 2. ޖިންސީގޮތުން ވަފާތެރި ނުވުން. ނ. deceiver.

decelerate

ޑީސަލަރޭޓް. ކ. ދުވަމުން ނުވަތަ ހިނގަމުންދާ އެއްޗެއް ނުވަތަ ކަމެއްގެ ދުވެލި މަޑުކުރުން. ނ. deceleration.

December

ޑިސެމްބަރ. ނ. މީލާދީ އަހަރެއްގެ ބާރަވަނަ މަސް.

decency

ޑީސަންސީ. ނ. މުޖުތަމަޢުއެއްގައި އުޅޭއިރު ހުންނަންޖެހޭ އަދަބުވެރި އުޅުން. ބަނިޔާދަންކަން.

decent

ޑީސަންޓް. ނއ. 1. ޢާއްމުން ބަލައިގަންނަ މިންތަކަށް ފެތޭ ގޮތަށް އުޅުން ހުރި. 2. ބަނިޔާދަން. އިޙްތިރާމް ލިބިގެންވާ. 3. ނުރަސްމީ ބަހުރުވައިން ރަނގަޅު. މ. ޑީސަންޓް މުސާރައެއް. 4. ނުރަސްމީ ބަހުރުވައިން އަޅާލުންތެރި، ހެޔޮ، އެހީތެރިވާ.  ކއ. decently.

decentralize

ޑިސެންޓްރަލައިޒް. ކ.  އެއްތަނަކަށް ނުވަތަ މަރުކަޒަކަށް އެއްކުރެވިފައިވާ އެއްޗެއް (މ. ބާރު) އެތަނާ ދުރުގައިވާ ގޮފިތަކަށް ނުވަތަ ކުދި ބައިތަކަށް ބަހާލުން. ލާމަރުކަޒީކުރުން. ނ. decentralization.

deception

ޑިސެޕްޝަން. ނ. 1. ޑިސީވްކުރުމުގެ ޢަމަލު. 2. މީހުން އޮޅުވާލައި މަކަރު ހަދާ އެއްޗެއް ނުވަތަ ކަމެއް.

deceptive

ޑިސެޕްޓިވް. ނއ. ފަސޭހައިން އެހެން ކަމަކާ ނުވަތަ އެއްޗަކާ އޮޅޭ. މަކަރުވެރި. ކއ. deceptively.

decibel

ޑެސިބަލް. ނ. އަޑުގެ ބާރުގަދަކަން މިނަން ގެންގުޅޭ ވަޒަނެއް.

decide

ޑިސައިޑް. ކ. 1. ކަމަކާ މެދު ވިސްނައި ވަކި ގޮތެއް ކަނޑައެޅުން. ނިންމުމަކަށް އައުން. 2. ކޮންމެވެސް އެއްބައެއް މޮޅުވިކަމަށް ނިންމުން. 3. ވަކި ގޮތަކަށް ނިންމުމަށް ބާރު އެޅުން. ނ. decider.

decided

ޑިސައިޑަޑް. ނއ. 1. ވަކިގޮތެއް ކަނޑައެޅި ނިމިފައިވާ. ސާފުކޮށް ޤަޞްދުކުރާގޮތް އެނގޭ. 2. ސާފު. ޔަޤީން. ކަށަވަރު.  މ. ޑިސައިޑަޑް ތަފާތު. ކއ. decidedly.

deciduous

ޑެސިޑުއަސް، ޑިސިޑުއަސް. ނއ. 1. (ގަހާ މެދު) އަހަރުގެ ތެރޭގައި ފަތްތައް ފައިބާ އަނެއްކާ ފަތް އާލާވާ. 2. ދުވަސްކޮޅަކުން އެއްޗެއް ފައިބާ ނުވަތަ ވަކިވާ މ. ބައެއް ފުއްލާގެ ދަޅު.

decimal

ޑެސިމަލް. ނއ. 1. ދިހައަކުން ދިހައަކުން ވިޔަކުރާ ނުވަތަ ދިހައެއްގެ ބައިކުޅަބައިން ގުނާ.  —ނ. ޑެސިމަލް ކަސްރު. ދަހަމަލަ. ޑެސިމަލް ފައިސާ. މިބާވަތުގެ ފައިސާގެ ދަށު މިންވަރުގެ 100 އެތިން މަތީ މިންވަރު ހަމަވެއެވެ. މ. ދިވެހި 100 ލާރިން 1 ރުފިޔާ ހަމަވާގޮތަށް. ޑެސިމަލް ކަސްރެއްގައި ބައިކުރާ އަކީ އަބަދުވެސް 10 ގެ ގުނައެކެވެ. ޑެސިމަލް ސިސްޓަމް. މިނެކިރުމުގެ ނިޒާމެއް. މި ނިޒާމުގެ އެކި ޖިންސްތައް މަތިވާނީ ތިރީ މިނުގެ 10 ގެ ގުނައަކުންނެވެ. go decimal ޑެސިމަލް ނިޒާމަށް ފައިސާ ބަދަލުކުރުން.

decimalize

ޑެސިމަލައިޒް. ކ. 1. ޑެސިމަލެއްގެ ގޮތުގައި ބަޔާންކުރުން. މ. ޢަދަދެއް. 2. ޑެސިމަލް ނިޒާމަށް ބަދަލުކުރުން. ނ. decimalization.

decimate

ޑެސިމޭޓް. ކ. ފައުޖެއް ފަދަ އެއްޗެއްގެ ދިހަބައިކުޅަ އެއްބައި ނައްތާލުން. ލަޝްކަރެއް ފަދަ އެއްޗެއްގެ ބޮޑު ބައެއް ނައްތާލުން. ނ. decimation.

decipher

ޑިސައިފަރ. ކ. ރަމްޒަކުން ލިޔެފައިވާ ލިޔުމެއް ކިޔުން. ކޯޑުކޮށްފައިވާ މެސެޖެއް ދެނެގަތުން. ދެނެގަންނަން އުނދަގޫ ލިޔުމެއް ނުވަތަ ކަމެއް ދެނެގަތުން. ނ. decipherment.

decision

ޑިސިޜަން. ނ. 1. ކަމެއް ނިންމިގޮތް. ކަނޑައެޅިގޮތް. ފިކުރުކުރުމަށްފަހު ނިންމި ވަކިގޮތެއް. ޤަޞްދުކުރިގޮތް. 2. މިގޮތަށް ނިންމުމުގެ ޢަމަލު. 3. އެކި ގޮތްގޮތް ވިސްނައި ވަކިގޮތަކަށް ކަމެއް ނިންމުމުގެ ކުޅަދާނަކަން.

decisive

ޑިސައިސިވް. ނއ. 1. ގޮތެއް ނިންމާކަން (ދައްކައިދޭ) ހާމަކުރާ. މ. ޑިސައިސިވް ހަނގުރާމައެއް. (އެ ހަނގުރާމައެއްގެ ސަބަބުން މޮޅީ ކޮންބައެއްކަން ޔަޤީންވާ). 2. ހަރުދަނާކަމާއި ސާބިތުކަން ދައްކައިދޭ.

deck

ޑެކް. ނ. 1. ނަވެއް ފަދަ އުޅަނދެއްގައިވާ ތައްޓުތަކުން ތައްޓެއް. ފަންގިފިލާ. 2. މިފަދަ ތައްޓު ހުންނަ ތަކެތީގެ ފަންގިފިލާ. މ. ދެބުރި ބަހެއްގެ. 3. ލަވަ ހޮޅިޖަހާ މެޝިންތަކުގައި ހޮޅިބާއްވާ އެނބުރޭ ބުރު. 4. ރިކޯޑް ކުރާ ޓޭޕް ބޭނުންކުރާ މެޝިން. deck-chair ސަރަންފީ ގޮނޑި. hit the deck ނުރަސްމީ ބަހުރުވައިން ބިމަށް ވެއްޓުން.

deck

ޑެކް. ކ. ޒީނަތްތެރިކުރުން. ރީއްޗަށް ހެދުން އެޅުން. ނަލަހެދުން. decked with flags ދިދައިން ޒީނަތްތެރިކޮށްފައި. decked in her finest clothes.

deckle edge

ޑެކްލް އެޖް. ނއ. ކަރުދާސް ގަނޑެއް އަތުން އިރައިލީމާ އަރިމަތި ހުންނަ ތެދުނޫން ކައިރިފަށް. އަތުން ހަދާ ކަރުދާހުގެ ކައިރިފަށް. ނއ. deckle-edged.

declaim

ޑިކްލެއިމް. ކ. އަސަރުގަދަގޮތަކަށް، ކަންބޮޑުކޮށް ވާހަކަ ދެއްކުން ނުވަތަ ބުނުން. ނ. declamation.

declare

ޑިކްލެއަރ. ކ. 1. އެނގޭގޮތް ހެދުން. ޢާއްމުކުރުން، ރަސްމީކޮށް އެންގުން، ސާފުކޮށް ބަޔާންކުރުން. 2. ހަރުދަނާ ކަމާއެކު ބަޔާންކުރުން. މ. އޭނާ ކުށް ނުކުރާކަމަށް ޑިކްލެއަރ ކުރިއެވެ. 3. މީހެއްގެ ކިބައިގައި ޓެކްސް/ޑިއުޓީ ދައްކަންޖެހޭ މުދައު ހުރިކަމަށް ކަސްޓަމަށް އެންގުން.  4. ކުރިކެޓް ކުޅުމުގައި 10 ވިކެޓް ވެއްޓުމުގެ ކުރިން ކުޅުން ހުއްޓާލަން ބޭނުންވާކަން އެންގުން. ނ. declaration. declare war ހަނގުރާމަ ފެށިފައިވާކަން އިޢުލާން ކުރުން.

decline

ޑިކްލައިން. ކ. 1. ޤަބޫލުނުކުރުން. އިންކާރުކުރުން. ރައްދުކުރުން. 2. ބިމެއް، ތަޅުމެއް ފަދަ އެއްޗެއް ތިރިއަށް އޮންނަގޮތަށް ހެދުން. 3. ދަށް ކުރުން. ބާރު ނުވަތަ ހަކަތަ ދަށްވުން. —ނ. މަޑުމަޑުން ހަކަތަ ނުވަތަ ބާރު ދަށްވެގެން ވުން. in decline ދަށްވަމުން ދިއުން.

declivity

ޑިކްލިވިޓީ. ނ. ތިރިއަށް ފައިބާފައިވާ ގޮތަށް އޮންނަ ތަނެއް. މ. ވެލިފުންޏެއްގެ އަރިމަތި.

declutch

ޑިކްލަޗް. ކ. ކާރެއްފަދަ އެއްޗެއްގެ ކްލަޗް ނައްޓާލުން.

decoction

ޑިކޮކްޝަން. ނ. ދިޔާ އެއްޗެއްގެ މުހިއްމުބައި ހޯދުމަށް ކައްކާ ކެއްކުން. މިގޮތަށް ކައްކައި ހިންދައިގެން ނަގާ ބައި.

decode

ޑިކޯޑް. ކ. ކޯޑަކުން ނޭނގޭ ގޮތަށް ލިޔެފައިވާ މެސެޖެއް ކިޔަން އެނގޭގޮތް ހެދުން. ސިގްނަލެއް ނުވަތަ އެހެންވެސް ރަމްޒެއް ދެނެގަތުން.

decoder

ޑިކޯޑަރ. ނ.  ޑިކޯޑް ކުރާ މީހެއް ނުވަތަ އެއްޗެއް.

decoke

ޑިކޯކް. ކ. ނުރަސްމީ ބަހުރުވައިން އިންޖީނަކުން ގެދަބުޅި ނުވަތަ އަދާފައި ހުންނަ ތެޔޮ ފަދަ ތަކެތި ފިލުވުން. —ނ. މިކަންކުރުމުގެ އަމަލު.

decolletage

ޑޭކޮލްޓާޜް. ނ. (އަންހެނުންގެ ހެދުމާ ބެހޭ ގޮތުން) ކަރު ކެނޑުން ތިރިކަން. decollete (ޑޭކޮލްޓޭ) ނއ. މިފަދަ ކަރެއްވާ (ހެދުމެއް).

decompose

ޑިކޮމްޕޯސް. ކ. 1. މާއްދީ އެއްޗެއް އޭގެ ބަހާތަކަށް ވަކިކުރުން. 2. ކުނިވުން. ކުނިވެގެން ހަލާކުވެގެން ދާގޮތް ވުން ނުވަތަ އެގޮތް ހެދުން. ނ. decomposition.

decompress

ޑިކޮމްޕްރެސް. ކ. ޑިކޮމްޕްރެޝަން އަށް މީހެއް ނުވަތަ އެއްޗެއް ހުށަހެޅުން.

decompression

ޑިކޮމްޕްރެޝަން. ނ. 1. ކޮމްޕްރެޝަން ނުވަތަ ފިއްތުމަކަށް ލިބޭ ލުއި. 2. މަޑުމަޑުން ރައްކާތެރިކަމާއެކު، ކޮމްޕްރެސްޑް ވަޔަށް (ފިއްތާފައިވާ ވަޔަށް) ނުވަތަ ފެނަށް ހުށަހެޅިފައިވާ މީހަކަށް ނުވަތަ އެއްޗަކަށް ވައިގެ ފިއްތުން (ޕްރެޝަރ) ކުޑަކުރާ ކުރުން. މިހެން ނުހަދައިފިނަމަ، ލެއަށް ވާގޮތެއްގެ ސަބަބުން މީހާ މަރުވެއެވެ.

decongestant

ޑީކޮންޖެސްޓަންޓް. ނ. އަރުދަފުސްފަދަ ކަމަކުން ނޭވާލާ ނިޒާމު ބެދުމުން، އެކަން ފިލުވުމަށް ދޭ ބޭސް.

decontaminate

ޑިކޮންޓެމިނޭޓް. ނ. ރޭޑިއޯ އެކްޓިވް މާއްދާއަކުން ނުވަތަ އެހެންވެސް ވިހައަކުން ތަޣައްޔަރުވެފައިވާ އެއްޗެއް ނުވަތަ ތަނެއް ތާހިރުކުރުން. ނ. decontamination.

decontrol

ޑިކޮންޓްރޯލް. ކ. (decontrolling, decontrolled) ސަރުކާރުގެ ކޮންޓްރޯލުން ވީއްލުން. ނ. decontrolling.

décor

ޑޭކޯރ. ނ. ކޮޓަރިއެއް ފަދަ ތަނެއް ޒީނަތްތެރިކުރަން ބޭނުންކުރާ ތަކެތީގެ ފޭޑި ނުވަތަ ސްޓައިލް.

decorate

ޑެކަރޭޓް. ކ. 1. އިތުރު ތަކެތި ބޭނުންކޮށްގެން ނުވަތަ ތަފްޞީލްތައް ގިނަކޮށްގެން އެއްޗެއް ޒީނަތްތެރިކުރުން ނުވަތަ އަޅައިގަންނަގޮތް ހެދުން ނުވަތަ ރީތިކުރުން. ޒީނަތްތެރިކުރުން. 2. އަލުން ފާރުތައް ފަދަ ތަންތަނުގައި ދަވާދުލުން ނުވަތަ ކަރުދާސް ތަތްކުރުން. 3. މެޑައްޔެއް ނުވަތަ އެހެންވެސް އެފަދަ އެވޯޑެއް މީހަކަށް ދިނުން.

decoration

ޑެކަރޭޝަން. ނ. 1. ތަނެއް ނުވަތަ އެއްޗެއް ޒީނަތްތެރިކުރާ އެއްޗެއް. މ. ޢީދުތަކުގައި ބޭނުންކުރާ ދިދަ ފަދަ ތަކެތި. 2. ޒީނަތްތެރިކުރުމުގެ ޢަމަލު. 3. މީހަކަށް ލިބިފައިވާ ޢިއްޒަތުގެ މެޑެލިފަދަ މޭމަތީ ހަރުކުރާ އެވޯޑްތައް.

decorative

ޑެކަރޭޓިވް. ނއ. ބަލައިލުމަށް ރީތި. ޒީނަތްތެރިކުރާ.

decorator

ޑެކަރޭޓަރ. ނ. ވަޒީފާއެއްގެ ގޮތުން ތަންތަން ޒީނަތްތެރިކުރާ މީހެއް (މ. ދަވާދުލައި، ކަރުދާސް ފާރުގައި ތަތްކުރާ މީހެއް)

decorous

ޑެކަރަސް. ނއ. ވާހަކަ ދެއްކުމާއި އުޅުމުގައި އަދަބުވެރި، އެހެންމީހުންނަށް އިޙްތިރާމްކުރާ، ގޮތްހުރި، މުހައްޛަބު، ލާއިޤް. ކއ. decorously.

decorum

ޑިކޮރަމް. ނ. އުޅުމުގައި ހުންނަންޖެހޭ އިޙްތިރާމް އާއި ޤަދަރު. އާދާބު. މީހުންނާ ދޭތެރޭ މުޢާމަލާތްތަކުގައި ގެންގުޅެންޖެހޭ ރަނގަޅު އަދަބާއި އުޅުން.

decoy

ޑިކޮއި. ނ. ޖަނަވާރެއް ނުވަތަ މީހެއް ދަންތުރައެއްގައި ނުވަތަ ޙާލަތެއްގައި ޖެއްސުމަށް އެއެތި ނުވަތަ މީހާ ގެންނަން ބޭނުންކުރާ އެތި. ކ. ޑިކޮއި އެއް ބޭނުންކޮށްގެން ދަންތުރައެއްގައި ޖެއްސުން.

decrease

ޑިކްރީސް. ކ. ކުރުކުރުން ނުވަތަ ކުޑަކުރުން ނުވަތަ ދަށްކުރުން ނުވަތަ މަދުކުރުން. —ނ. ކުޑަކުރެވޭ، ކުރުކުރެވޭ، މަދުކުރެވޭ މިންވަރު.

decree

ޑިކްރީ. ނ. 1. ޤާނޫނެއްގެ ބާރު ލިބޭ، ސަރުކާރުން އަންގާ އެންގުން. އަމުރު، އިޢުލާން، ޤަރާރު، ޙުކުމް. 2. ބައެއް ކޯޓުތަކުން ނިންމާ ނިންމުން ނުވަތަ ޙުކުމް. decreed, decreeing —ކ. މިފަދަ އަމުރެއް ހިންގުން. decree nisi ޑިކްރީ ނައިސައި ވަކި މުއްދަތެއްގެ ތެރޭގައި އެދެވޭ ސަބަބެއް ނުދެއްކޭނަމަ، ކައިވެންޏެއް ރޫޅޭނެކަމަށް ނެރޭ އަމުރު.

decrepit

ޑިކްރެޕިޓް. ނއ. ގިނައިން ބޭނުންކުރުމުގެ ސަބަބުން ނުވަތަ ދުވަސްވުމުގެ ސަބަބުން ބަލިވެ، ބާވެ،  ނުވަތަ ހަލާކުވެފައިވާ. ޡަޢީފު، ޢާޖިޒް. ނ. decrepitude ބާވެ މުސްކުޅިވެފައިވާ ޙާލަތް.

decriminalize

ޑިކްރިމިނަލައިޒް.  ކ. ކުރިން ކުށަކަށްވާ ކަމެއް، ފަހުން ހަދާ ޤާނޫނަކުން ކުށެއް ނޫންކަމަށް ނިންމުން.  ނ. decriminalization.

decry

ޑިކްރައި. ކ. (decry, decrying) ކަމަކަށް އިޢުތިރާޟްކޮށް ދެކޮޅު ހަދާކަން ބަޔާންކުރުން. އެއްޗެއްގެ އަގު ނުވަތަ ޤަދަރު ދަށްކުރުން ނުވަތަ ދަށްކޮށް ވާހަކަ ދެއްކުން.

dedicate

ޑެޑިކޭޓް. ކ. 1. މާތްމީހަކަށް ނުވަތަ މަތިވެރިކަމަކަށް ޚިދުމަތްކުރުމަށް ނުވަތަ މަންފާއަށް ވަގުތު ނުވަތަ ހަކަތަ ނުވަތަ މާލުދިނުން. މި ހިނަވާގެ ޑެޑިކޭޓްކޮށްފައިވަނީ މަންމައަށެވެ. ތަޚްޞީޞް ކުރުން. ވަގުފުކުރުން. 2. ޚާއްޞަ ކަމަކަށް ވަގުތާއި ހަކަތަ ހޭދަކުރުން. މ. މި ދަނޑުވެރިޔާ އެވަކާޑޯ ހައްދަން އޭނާގެ މުޅި ޢުމުރު ޑެޑިކޭޓް ކޮށްފިއެވެ. 3. މީހަކަށް މާތްކޮށް ހިތައި ޤަދަރު ދިނުމުގެ ގޮތުން ފޮތެއް ނުވަތަ މިޔުޒިކެއް ފަދަ އެއްޗެއްގައި އޭނާގެ ނަން ލިޔެ ތަޚްޞީޞްކުރުން. ނ. dedication, dedicatory.

dedicatory

ޑެޑިކޭޓަރީ. ނއ. ޑެޑިކޭޝަން އެއް ބަޔާންކުރާ. މ. dedicatory tablet  މިފަދަ ލިޔުމެއް ލިޔެފައިވާ ފިލާގަނޑެއް.

deduce

ޑެޑިއުސް. ކ. ފެންނަ ކަންތަކުން ނުވަތަ ޙަޤީޤަތްތަކުން، ވިސްނުން ބޭނުންކޮށްގެން ދެތުމަކަށް ނުވަތަ ނިންމުމަކަށް އައުން ނުވަތަ އާދެވުން. ދެނެގަތުން. ނއ. deducible ޑެޑިއުސް ކުރެވޭ.

deduct

ޑިޑަކްޓް. ކ. ކެނޑުން. އެއްޗަކުން މިންވަރެއް މަދު/ވަކިކުރުން.

deductible

ޑިޑަކްޓިބްލް. ނއ. ކެނޑިދާނޭ.

deduction

ޑިޑަކްޝަން. ނ. 1. ކެނޑުނު އެއްޗެއް ނުވަތަ މިންވަރު. 2. ކަމަކުން ދެނެގަނެވުނު ކަމެއް ނުވަތަ ނަތީޖާއެއް. 3. ޢާއްމު އުޞޫލަކުން ވިސްނައިގެން، ލޮޖިކްގެ ހަމައިން ނެރެވޭ ނަތީޖާއެއް. މ. ވަޅިއެއްގައި މިނިލޭ ހުރުމުން އެއިން މީހަކަށް ހަމަލާދީފައިވާ ކަން ޑެޑިއުސްކުރެވެއެވެ.

deductive

ޑިޑަކްޓިވް. ނއ. މަޢުލޫމާތުތަކެއް ވަޒަންކޮށްގެން އައު މަޢުލޫމާތެއް ދެނެގަނެވޭ؛ ވިސްނުމަށް ބިނާކޮށް.

deed

ޑީޑް. ނ. 1. ޢަމަލެއް. ކުރިކަމެއް. 2. އެއްޗެއްގެ މިލްކުވެރިކަން ދައްކައިދޭ ސޮއި ނުވަތަ ސިއްކަ ހިމެނޭ ފަތެއް. deed-box ޑީޑް ފަދަ ތަކެތި ރައްކާކޮށް ބަހައްޓާ ގަދަ ފޮށްޓެއް. deed of covenant ޖަމާޢަތަކަށް އެތައް އަހަރަކަށް އިސްތިރާކު ދައްކާނެކަމަށް ބުނެ ސޮއިކޮށްފައިވާ ފަތެއް. deed poll ފަރާތަކުން ވަކި ގޮތެއް ނިންމާ ޢާއްމުކުރާ އިޢުލާނު. މީހެއްގެ ނަމެއް ޑީޑް ޕޯލް އިން ބަދަލުކުރުން.

deem

ޑީމް. ނ. ރަސްމީ ބަހުރުވައިން ޤަބޫލުކުރުން، ބަލައިގަތުން، ވަކިގޮތެއް ނިންމުން.

deep

ޑީޕް. ނއ. 1. އަޑި، ފުން. މ. ޑީޕްކޮށް ކެނޑުނު ތަނެއް. ޑީޕް މަތާރަންފިލައެއް. 2. ކުރިކެޓްގައި،  މީހަކު ނުވަތަ އެއްޗެއް ބެޓުހިފައިންގެ ހުންނަ މީހާ އާ ދެމެދު ދުރުމިން. 3. ބޮޑު، އަސަރު ގަދަ. މ. ޑީޕް ކުލަތައް، ޑީޕް ނިދި. 4. ބުން. ތޫލިނޫން. މ. ޑީޕް އަޑު. 5. ކަމެއްގެ ތެރެއަށް ވަދެފައި. މ. އޭނާ ވަނީ ޑީޕް ފިކުރެއްގައެވެ. 6. ހިތުގެ ފުންމިނުން. މ. ޑީޕް ތަޢުޒިޔާ. 7. ދެނެގަންނަން އުނދަގޫ. ފަސޭއިން އޮޅުން ނުފިލާ. މ. ތިކަން އަހުރެންނަށް މާ ޑީޕް އެވެ. އޭނާ އަކީ ޑީޕް މީހެކެވެ. —ކއ. ފުނުގައި. ވަރަށް ތިރީގައި. މ. ޑީޕް ކަނޑު. —ނ. ފުން ތަނެއް. —ކއ. deeply، ނ. deepness. deep-fry ތަކެތި ތެލުގެ އަޑިއަށް ގަންބައިގެން (ތަކެތީގެ މައްޗަށް ހުންނަ ވަރަށް ތެޔޮއަޅައިގެން) ތެލުލުން. deep-seated ނއ. ގަދައަށް ހަރުލާ. މަތީގައިނުވާ. މ. ހަސަދަވެރިކަން، މީހެއްގެ ލޯ.  deep space މަޑިކިލަނބަށް ވުރެ ދުރުގައި ނުވަތަ ޖައްވުގެ ވަރަށް ދުރުގައި. go off the deep end ރުޅި ނުވަތަ އެހެން ޖަޒުބާތަކުން މީހާގެ ކޮންޓްރޯލް ނެތުން.

deepen

ޑީޕްން. ކ. ކުރިއަށް ވުރެ ފުންކުރުން ނުވަތަ ފުންވުން. ޑީޕްކުރުން.

deep-freeze

ޑީޕް-ފްރީޒް. ނ. ފްރީޒަރ (ކާތަކެތި ޢާއްމުކޮށް ރައްކާކުރާ، ވަރަށް ފިނިކުރެވޭ ފޮށްޓެއް). —ކ. (deep-froze, deep-frozen, deep-freezing) އަވަހަށް (ކާތަކެތި) ގަނޑުކޮށް ފަހަށް ރައްކާކުރުން.

deer

ޑިއަރ. ނ. (ގިނަ ވިޔަސް ކިޔާނީ ހަމަ deer) ހަތަރުފައި ހުންނަ ބާރަށް ދުވާ، ފިރިހެން އެތީގައި ދަޅު ހުންނަ ޖަނަވާރެއް. ފުއްލާ. ޣަޒާލް. މުވާ.

deerstalker

ޑިއަރސްޓޯކަރ. ނ. ތޮފީގެ ބާވަތެއް. މިވައްތަރުގެ ތޮފީގައި ކުރިމައްޗާއި ފުރަގަހަށް ނިތްގަޑެއްލާފައި ހުރެއެވެ. ކަންފަތް ނިވާކުރެވޭ ގޮތަށް ތިރިއަށް އޮންނަ ދެ ފަރާތުގެ ދެ ފޮތިކޮޅު، ފިނި ނޫންނަމަ ބޮލުގެ މައްޗަށް ނަގާ އައްސާފައި ހުރެއެވެ.

deface

ޑިފޭސް. ކ. އެއްޗެއްގެ ސަތަހަ ނުވަތަ ބޭރު ފަރާތް ހުތުރުކުރުން. މ. ލިޔެގެން. ނ. defacement.

de facto

ޑީ-ފެކްޓޯ. ރަނގަޅަސް ނުވަތަ ނުރަނގަޅަސް، ކަން ހުރިގޮތަށް ބަލާއިރު. ރަނގަޅު ނުރަނގަޅަށް ނުބަލައި ޙަޤީޤަތުގައި. (ލެޓިން ބަހުގެ ކަލިމައެއް).

defalcation

ޑީފެލްކޭޝަން. ނ. ޙައްޤުނޫން (ނާޖާއިޒު) ގޮތަށް ފައިސާ ނަގާނެގުން، އަހުދަކާ ނުވަތަ އުއްމީދުކުރާ ގޮތާ ޚިލާފުވާވުން، ނުވަތަ ކުރަންޖެހޭ ކަމެއް ނުކުރުން. މީހެއްގެ އަތުގައި ބަހައްޓާފައިވާ ފައިސާ ނުދިނުން.

defamatory

ޑިފެމޭޓަރީ. ނއ. ނަން ހުތުރުވާ ނުވަތަ ޤަދަރުކުޑަކުރެވޭ. ބަދުނާމީ.

defame

ޑިފޭމް. ކ. ރަނގަޅު ނަން ހުތުރުކުރުން. ބަދުނާމުކުރުން. މީހެއް ނުވަތަ ކަމެއް ނުބައިކޮށް ވާހަކަދެއްކުން. ނ. ޑިފެމޭޝަން defamation.

default

ޑިފޯލްޓް. ކ. ޒިންމާތައް އަދާނުކުރުން. ނ. ކުރަންޖެހޭ ކަމެއް ނުކުރުން ނުވަތަ ހާޒިރުނުވުން. މ. ލޯނެއް ޑިފޯލްޓްކުރުން؛ އެ ޓީމު ކާމިޔާބުކުރީ ޑިފޯލްޓް އިންނެވެ = އިދިކޮޅު ޓީމު ކުޅެން ނޭރުމުންނެވެ. ނ. defaulter.

defeat

ޑިފީޓް. ކ. 1. އެއްޗެއްގެ މައްޗަށް ކާމިޔާބު ނުވަތަ ގަދަކަން ހޯދުން. ބަލިކުރުން. 2. ފޭލިކުރުން. މާޔޫސްކުރުވުން. މ. އެކަމުން އިސްލާހުކުރަން ކުރި އުއްމީދުތައް ޑިފީޓް ވެއްޖެއެވެ. 3. ހަދާނެގޮތް ހުސްވެ ގޮތް ހުސްވުން. މ. އިންޖީނަށް ޖެހުނު މައްސަލަ އިންޖިނޭރު ޑިފީޓްކޮށްފިއެވެ. — ނ. defeat (މ. އަދާވާތްތެރިއެއް) ބަލިކުރާ ބަލިކުރުން. ހަނގުރާމައެއްގައި ނުވަތަ މުބާރާތެއްގައި ބަލިވާ ބަލިވުން.

defeatist

ޑިފީޓިސްޓް. ނއ. ބަލިވާނެކަމަށް ޤަބޫލުކުރާ ނުވަތަ ފަސޭއިން ބަލިޤަބޫލުކުރާ.
ނ.  defeatism.

defecate

ޑީފިކޭޓް. ކ. ބޮޑުކަމު ދިއުން. ނ. defecation.

defect

ޑިފެކްޓް. ޑީފެކްޓް. ނ. އުނިކަމެއް. އެއްޗެއްގައިވާ އުނިސިފައެއް. ފުރިހަމަ ނޫންކަމެއް. އައިބެއް.

defect

ޑިފެކްޓް. ކ. ޤައުމެއްގެ ރަށްވެހިކަން ދޫކޮށްލުން. ބައިޢަތުހިފައިގެން އުޅުނުކަމަކާ ވަކިވުން. ނ. defection, defector.

defective

ޑިފެކްޓިވް. ނއ. 1. އައިބުކަމެއް ނުވަތަ އުނިކަމެއް ހިމެނޭ. ފުރިހަމަ ނޫން. އެއްޗެއް، ކަމެއް ނުވަތަ ބައެއް މަދު. 2. ބުއްދި ފުރިހަމަ ނޫން. ކއ. defectively، ނ. defectiveness.

defence

ޑިފެންސް. ނ. 1. ގެއްލުމަކުން ނުވަތަ ހަމަލާއަކުން ދިފާޢުކުރާ ކުރުން. 2. ހަމަލާއަކުން ނުވަތަ ގެއްލުމަކުން ދިފާޢުކުރާ އެއްޗެއް. 3. އިލްޒާމެއް ނުވަތަ ތުހުމަތެއްގެ ދިފާޢުގައި ދައްކާ ވާހަކަ. 4. ޝަރީޢަތެއްގައި ތުހުމަތެއްގެ ދިފާޢުގައި ދައްކާ ވާހަކަ. ޝަރީޢަތުގައި ދިފާޢުކުރަންޖެހޭ ފަރާތުގެ ޤާނޫނީ ވަކީލުން.

defenceless

ޑިފެންސްލަސް. ނއ. ދިފާޢުކުރުމުގެ ބާރެއް ނުވަތަ ކުޅަދާނަކަމެއް ނުވާ.

defend

ޑިފެންޑް. ކ. 1. ހަމަލާއަކުން ނުވަތަ ގެއްލުމަކުން ދިފާޢުކުރުން ނުވަތަ ސަލާމަތްވެގަތުން. 2. ކަމެއްގައި ދެމި ހުރުން. މ. ކުޅިވަރުގެ ޗެމްޕިއަންކަން ޑިފެންޑް ކުރުން. 3. ކުރާ ތުހުމަތަކަށް ޒުވާބެއް ދިނުން. ކަމެއް ކުރަންޖެހުނު ސަބަބު ބަޔާންކުރުން. 4. ޝަރީޢަތެއްގައި ކުށްވެރިވާކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ދިފާޢުގައި ވަކާލާތުކުރުން. ނ. defender.

defendant

ޑިފެންޑަންޓް. ނ. ޝަރީޢަތެއްގައި ތުހުމަތުކުރެވޭ ފަރާތް ނުވަތަ ބަދަލުދޭންޖެހޭ ފަރާތް.

defensible

ޑިފެންސިބްލް. ނއ. ދިފާޢުކުރެވޭ؛ ދިފާޢު ކުރެވިދާނެ.  ކއ. defensibly، ނ. defensibility.

defensive

ޑިފެންސިވް. ނއ. ދިފާޢުކުރުމުގެ ގޮތުން ބޭނުންކުރާ ނުވަތަ އެ ބޭނުމުގައި ބޭނުންކުރާ. ކއ. defensibly. on the defence ކުށްދެއްކުމުން އެކުށުން ދިފާޢުކުރުމަށް ތައްޔާރު.

defer

ޑިފަރ. ކ. (deferred, deffering) ފަހުން ކަމެއް ކުރަން ލަސްކުރުން ނުވަތަ ފަސްކުރުން. ނ. deferment، deferral. deferred shares ޙިއްޞާ އަށް ފައިދާ ބަހާއިރު، އެހެން ހުރިހާ ޙިއްޞާއަށް ބަހާފައި ނޫނީ ފައިސާ ދޫނުކުރާ ޙިއްޞާ.

defer

ޑިފަރ. ކ. (deferred, deffering) ކަމެއް ނިންމާއިރު، އެހެން މީހަކު އެދޭގޮތަށް ނުވަތަ ނިންމާގޮތަށް ދީލާލުން.

deference

ޑެފަރަންސް. ނ. އިޙްތިރާމް އާއި މާތްކޮށް ހިތާހިތުން. in deference to ކަމަކަށް އިޙްތިރާމްކުރުމުގެ ގޮތުން.

deferential

ޑެފަރަންޝަލް. ނއ. އިޙްތިރާމް ހާމަކުރާ. މާތްކޮށް ހިތާ. ކއ. deferentially.

defiance

ޑިފަޔަންސް. ނ. ހާމަކޮށް ދެކޮޅުހަދާ ހެދުން. އަމުރަށް ކިޔަމަން ނުވާކަން ބަޔާންކުރާކުރުން. ޖެހިލުމެއްނެތި ދެކޮޅުހަދާކަން ދައްކާ ދެއްކުން.

defiant

ޑިފަޔަންޓް. ނއ. ޑިފަޔަންސް ހާމަކުރާ.

deficiency

ޑިފިޝަންސީ. ނ. 1. އެއްޗެއްގައި ހުންނަން ޖެހޭ ފެންވަރު ނެތިވާވުން، ނުވަތަ ބޭނުންވާ ސިފައެއް އުނިވެގެންވާ ވުން. 2. ބޭނުންވާ ނުވަތަ ހުންނަންޖެހޭ ވަރަށް ވުރެ މަދުވެގެންވާވުން. އުނިވެގެންވާ ވުން. deficiency disease ހަށިގަނޑަށް ބޭނުންވާ ވިޓަމިން ނުވަތަ އެހެން ވެސް މާއްދާތައް މަދުވެގެން ޖެހޭ ބަލި.

deficient

ޑިފިޝަންޓް. ނއ. 1. ފުރިހަމަ މިންވަރު ނެތުން. މ. ވިސްނުން ޑިފިޝަންޓްވުން، ވިޓަމިން ބީ ޑިފިޝަންޓްވުން. 2. މަދުވެގެން ވުން ނޫނީ އެއްވެސް ގޮތަކަށް ނެތުން.

deficit

ޑެފިސިޓް. ނ. 1. އެއްޗަކަށް ބޭނުންވާ މިންވަރަށް ވުރެ މަދުވާ ބައި. 2. އާމްދަނީއަށް ވުރެ ޚަރަދު ބޮޑުވާ މިންވަރު. ލިބިފައިވާ މުދަލާއި އެހެން ވިކިދާނޭ ތަކެއްޗަށް ވުރެ ދަރަނިތައް ބޮޑުވާ މިންވަރު.

defile

ޑިފައިލް. ކ. ހަޑިކުރުން، ތަޣައްޔަރުކުރުން، ޠާހިރުކަން ނައްތާލުން. ނ. defilement.

defile

ޑިފައިލް. ނ. ލަޝްކަރެއްގެ މީހުން އެއް ސަފަށް ނޫނީ ނުދެވޭހާ ހަނި މަގެއް.

definable

ޑިފައިނަބްލް. ނއ. ޑިފައިން ކުރެވޭ. ތިރި ބަލާ!

define

ޑިފައިން. 1. (ލަފުޒެއް ނުވަތަ ކަލިމައެއް ފަދަ އެއްޗެއްގެ) ސާފު މާނަ ބަޔާންކުރުން ނުވަތަ ޑެފިނިޝަން ކަނޑައެޅުން. ކަނޑައެޅުން. 2. ސާފުކޮށް، ސީދާކޮށް ބަޔާންކޮށްދިނުން. (މ. ގަންނަ މީހާގެ ޙައްޤުތައް ޤާނޫނުން ޑިފައިން ކޮށްފައިވެއެވެ). 3. އެއްޗެއްގެ އިން ސާފުކޮށް ބަޔާންކުރުން. އެއްޗެއްގެ ސިފަ ސާފުކޮށްދިނުން.

definite

ޑެފިނިޓް. ނއ. 1. ހުދޫދު ނުވަތަ އިން ސާފުކޮށް އެނގޭ. 2. ސާފު، އޮޅުމެއް ނުވާ، ޔަޤީން. މ. އަހަރެން ބޭނުންވަނީ ޑެފިނިޓް ޖަވާބެއް. 3. ޔަޤީން. ނިމިފައިވާ. މ. މިގެއިން ނުކުންނަންޖެހޭ ކަން ޑެފިނިޓްތަ؟  ނއ. definitely. definite article އިނގިރޭސި ބަހުގައި ވަކި އެއްޗެއްކަން އިޝާރާތްކުރަން ބޭނުންކުރާ the.

definition

ޑެފިނިޝަން. ނ. 1. ލަފުޒެއްގެ ނުވަތަ ކަލިމައެއްގެ ފުރިހަމަ މާނަ ހިމެނޭ ޢިބާރާތެއް. އެއްޗެއްގެ ޠަބީޢަތް ސީދާކޮށް ބުނާ ޢިބާރާތެއް. ތަޢުރީފު. 2. އެއްޗެއް ނުވަތަ ކަމެއް ސާފުކޮށް ކަނޑައެޅިގެންވުން ނުވަތަ އިން ސާފުކޮށް ފެންނަ ފެނުން.

definitive

ޑިފިނިޓިވް. ނއ. އެއްޗަކީ ކޮން އެއްޗެއްކަން އެއްބަސްވުން ނުވަތަ ކަނޑައެޅިގެންވުން. މި ލަފުޒު ބައެއް ފަހަރު definite އާ އޮޅުވާލައެވެ. ޑެފިނިޓް އަގަކީ ސާފުކޮށް، ބުނާ ބަޔާންކުރާ އަގެވެ. ޑިފިނިޓިވް އަގަކީ ދަމާކެނޑުމެއް ނެތި، ޤަބޫލުކުރަން ނުވަތަ އިންކާރުކުރަން ޖެހޭ އަގެވެ. ޑިފިނިޓިވް ޑިކްޝަނަރަކީ އަކީ ގިނަ ބަޔަކު އޭގެ މާނަތައް ޤަބޫލުކުރާ ބަސްފޮތެވެ.

deflate

ޑިފްލޭޓް. ކ. 1. ވައި ނުވަތަ ގޭސް އެއްޗަކުން (މ. ބައިސްކަލުގެ ހަމަކުން) ދޫކޮށްލުން. 2. މީހެއްގެ ނަފުސަށް އޮންނަ އިތުބާރު ނުވަތަ ޤަދަރު ދަށްވާގޮތް ހެދުން. 3. (ޤައުމެއްގެ އިޤްތިޞާދުގައި) އިންފްލޭޝަން ދަށަށްދާ ގޮތް ހެދުން (ފައިސާ އެނބުރޭލެއް މަދުކޮށްގެން ފަދަ ކަމަކުން). 4. ހިނދިގެން ދިއުން. deflation ނ. ނއ. deflationary.

deflect

ޑިފްލެކްޓް. ޑެފްލެކްޓް. ކ. އެއް ފަރާތަކަށް ދިއުން ނުވަތަ ޖެއްސުން. ކަސިޔާރުކުރުން ނުވަތަ ކަސިޔާރު ވުން. ރެކުން. ނ. deflexion, deflector.

defoliant

ޑީފޯލިއަންޓް. ނ. ގަސްތަކުގެ ފަތްތައް ހަލާކުކުރާ ކެމިކަލެއް. މި ކެމިކަލް ސްޕްރޭ ކުރުމުން ގަސްތަކުގެ ފަތްތައް ފައިބާގޮތް ވެއެވެ. ނ. defoliation.

defoliate

ޑީފޯލިއޭޓް. ކ. ގަސްތަކުން ފަތް ފައިބާގޮތްހެދުން. މ. ކެމިކަލް ބޭނުންކޮށްގެން. ނ. defoliation.

deform

ޑިފޯމް. ކ. އެއްޗެއްގެ ސިފަ ނުވަތަ ބައްޓަން ނެތިގެން ދިއުން ނުވަތަ ނައްތައިލުން.  ސިފަ ގެއްލުވައިލުން.  ޑީފޯމޭޝަން. ނ. deformation. ނއ. deformed. އުފެދުމުގައި ނުވަތަ ހެދުމުގައި ޢާއްމުކޮށް ހުންނަ ސިފައާ ތަފާތުވެފައިވުން.

deformity

ޑިފޯމިޓީ. ނ. 1. ޑިފޯމްވެފައިވާ ވުން. 2. ހަށިގަނޑުގެ ޑިފޯމްވެފައިވާ ގުނަވަންތައް.

defraud

ޑިފްރޯޑް. ކ. މަކަރުހަދައިގެން އަމިއްލަ މަންފާއަށް ފައިސާ ނުވަތަ އެހެންވެސް އެއްޗެއް ހޯދުން.

defray

ޑިފްރެއި. ކ. (ޚަރަދުތަކެއް ހަމަޖައްސަން) ފައިސާ ދިނުން. ނ. defrayal.

defrost

ޑިފްރޮސްޓް. ކ. 1. ގަނޑުފެން ނުވަތަ ގަނޑުފިނި ފިލުވުން. 2. ގަނޑުކޮށްފައިވާ މަސް ފަދަ ތަކެތީގެ ގަނޑުކަން ނައްތައިލުން.

deft

ޑެފްޓް. ނއ. ހުނަރުވެރި. އެކި ސާމާނު ރަނގަޅަށް ޔަޤީންކަމާއެކު ބޭނުންކުރާ. ކއ. deftly. ނ. deftness.

defunct

ޑިފަންކްޓް. ނއ. 1. މަރުވެފައިވާ. 2. މިހާރު ބޭނުން ނުކުރާ، މަސައްކަތް ނުކުރާ، ނުވަތަ ވުޖޫދުވެގެން ނުވާ.

defuse

ޑިފިޔުޒް. ކ. 1. ގޮވާ އެއްޗެއްގެ ފިޔުސް ވަކިކުރުން. ބޮން ފަދަ ގޮވާ އެއްޗެއް ނުގޮވާގޮތް ހެދުން. 2. ނުރައްކާތެރި ޙާލަތެއްގެ ފިއްތުންތައް ކުޑަކުރުން. މިސާލަކަށް ބޮޑު އަރައިރުމެއްގެ ހޫނު ދަށްކުރުން.

defy

ޑިފައި. ކ. (defied, defying) 1. ގަދަ ދެއްކުން. ތަބާވުމަށް ދެކޮޅުހެދުން. 2. މީހަކު ނުކުރާނެކަމަށް ބެލެވޭ ކަމެއް އެމީހާލައްވައި ކުރުވުމަށް ގޮންޖެހުން. މ. I defy you to prove this. 3. ޙައްލުނުކުރެވޭނޭ ގޮތްތައް މެދުވެރިކުރުވުން. މ. ހުޅުވަންކުރި ހުރިހާ މަސައްކަތެއް މި ދޮރު ޑިފައި ކޮށްފިއެވެ.

degenerate

ޑިޖެނެރޭޓް. ކ. ކުރިއަށް ވުރެ ނުރަނގަޅުވުން. ފެންވަރު ދަށްވުން. ރަނގަޅު ސިފަތައް އުނިވުން. ނ. degeneration.

degenerate

ޑިޖެނެރެއިޓް. ނއ. ޑިޖެނެރޭޓް ވެފައިވާ.

degrade

ޑިގްރޭޑް. ކ. 1. ދަށް ފެންވަރަކަށް ނުވަތަ ދަރަޖައަކަށް ދިއުން. 2. ބޭއިޙްތިރާމް އާއި ނަފްރަތު ގެނައުން. ނ. degradation.

degrading

ޑިގްރޭޑިން. ނއ. ލަދުވެތިކުރުވާ. ނިކަމެތިކުރުވާ.

degree

ޑިގްރީ. ނ. 1. މައްޗަށް ނުވަތަ ތިރިއަށް ތަރުތީބުކުރެވިފައިވާ އެއްޗެއް ނުވަތަ ކަމެއްގެ ހަރުފަތެއް ނުވަތަ ފިޔަވަޅެއް. 2. ކަމެއްގެ ވަކި ފެންވަރެއް. މ. އޭނާއަށް މަތީ ޑިގްރީއެއްގެ އުވަޖެހުމުގެ ހުނަރު ލިބިފައި ވެއެވެ. 3. މަތީ ތަޢުލީމުގައި ވަކި ފެންވަރެއްގެ ދަރަޖައެއް. މި ދަރަޖަ ދެވެނީ ކިޔަވައިދޭ ތަނަކުން ކޯހެއް ފުރިހަމަ ކުރުމުންނެވެ. 4. ވަށް ބުރެއްގެ ބައިކުޅަބައިން މެދުގައި އުފެދޭ ކަނުގެ ބޮޑުމިން މިނަން ގެންގުޅޭ ޖިންސް. ވަޑިފަތި ކަނެއްގައި ހުންނަނީ 90 ދަރަޖައެވެ. ރަމްޒަކީ º އެވެ. މިސާލީ 90º އެވެ. 5. ފިނިހޫނުމިން މިނުމުގައި ގެންގުޅޭ ޖިންސް އެއް. by degrees ލަސްލަހުން، ނުވަތަ މަޑުމަޑުން.

dehorn

ޑިހޯން. ކ. ޖަނަވާރެއްގެ ދަޅު ބުރިކޮށްލުން.

dehumanize

ޑިހިޔުމަނައިޒް. ކ. އިންސާނިއްޔަތުގެ ސިފަތައް ނައްތައިލުން. އަސަރެއް ނުކުރާ، މެޝިނަކާ ވައްތަރުކުރުން.

dehydrate

ޑިހައިޑްރޭޓް. ކ. 1. އެއްޗެއްގައި ހުރި ފެން ނުވަތަ ތެތްކަން އެއިން ވަކިކުރުން. 2. ތެތްކަން ނެތިގެން ދިއުން. ނ. dehydration.

de-ice

ޑިއައިސް. ކ. ގަނޑުފެން ވަކިކުރުން ނުވަތަ ނުއުފެދޭނޭ ގޮތް ހެދުން. މ. ކާރެއްގެ ވިންޑްސްކްރީން އިން. ނ. de-icer.

deify

ޑެއިފައި. ޑީއައިފައި. ކ. (deified, deifing) ކަލާނގެއަކަށް ހެދުން. ކަލާނގެއެއް ފަދައިން ކަންތައް ކުރުން. ނ. deification.

deign

ޑޭން. ކ. މީހެއްގެ ޤަދަރަށް ވުރެ ދަށްކަމެއް ކުރުން. ދެރަވަރުކަމެއް ކުރުމަށް އޯގާތެރިވުން. he had deigned an apology = އޭނާ މަޢާފެއް އެދުމަށް ޑޭން ވެއްޖެއެވެ.

deity

ޑެއިޓީ. ޑީއައިޓީ. ނ. 1. ކަލާނގެއެއް. ހިންދީން އަޅުކަންކުރާ ގިނަ ޑެއިޓީތަކެއް ވެއެވެ. މުސްލިމުން އަޅުކަންކުރަނީ އެންމެ ކަލާނގެއަކަށެވެ. 2. ކަލާނގެ ކަން.

déjà vu

ޑެއިޒާ ވޫ. ޑޭޒާ ވޫ. ނ. މިހާރުގެ ހާދިސާއެއް ކުރިން ތަޖުރިބާކުރެވިއްޖެކަމަށް ހީވާ ހީވުން. މިހާރުގެ ޙާލަތް ކުރިން ތަޖުރިބާ ކުރެވުނު ކަމަށް ހީވާ ހީވުން.

dejected

ޑިޖެކްޓިޑް. ނއ. ރޫޙް ގެއްލި މޮޅިވެފައި. ކއ. dejectedly.

dejection

ޑިޖެކްޝަން. ނ. މޮޅިވެރިކަން. ހިތާމައާއި ހިތްދަތިކަން. ރޫޙް ދަށްވެފައިވާ ވުން.

Del

ކުރުކޮށް ޑިލާވެއަރ.

Delaware

ޑިލާވެއަރ ނ. އެމެރިކާގެ ސްޓޭޓް އެއް.

delay

ޑިލޭ. ކ. 1. ލަސްވުން ނުވަތަ ލަސްކުރުން. ހުރަސް އެޅުން. 2. ފަހަށް ބޭއްވުން. ފަހު ތާރީޚަކަށް ލަސްކުރުން. —ނ. 1. ލަސްވާ ލަސްވުން. 2. ލަސްވެފައިވާ މުއްދަތު. delayed-action ވަގުތުކޮޅެއް ފާއިތުވާ ފަހުން މަސައްކަތް ކުރާ (މިސާލަކަށް ބޮން).

delectable

ޑިލެކްޓަބްލް. ނއ. ހިތްގައިމު. ހިތްފަސޭހަ. (ކާތަކެއްޗާ މެދު) މީރު. މީހުންނާ މެދު ނަމަ، ބަލައިލާން ރީތި.

delectation

ޑީލެކްޓޭޝަން. ނ. އުފައު، މަޖާކުރުން. މ. for your delectation = ކަލޭމެންގެ އުފަލާއި މަޖަލަށްޓަކައި.

delegacy

ޑެލިގަސީ. ނ. ޑެލިގޭޓުންގެ ޖަމާޢަތެއް. މަންދޫބުންގެ ޖަމާޢަތެއް.

delegate

ޑެލިގޭޓް. ނ. އެހެން މީހެއްގެ ހައިސިއްޔަތުން އެމީހަކު ތަމްސީލުކުރަން އެމީހަކު ބުނާގޮތަށް ޢަމަލުކުރާ މީހެއް. މަންދޫބެއް.

delegate

ޑެލިގޭޓް. ކ. މަސައްކަތެއް، ޒިންމާއެއް ނުވަތަ ބާރެއް އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށްލުން.

delegation

ޑެލިގޭޝަން. ނ. 1. ބާރު އެހެން މީހަކަށް ދޫކުރާ ދޫކުރުން. 2. މަންދޫބުންގެ ޖަމާޢަތެއް.

delete

ޑިލީޓް. ކ. 1. ލިޔެފައިވާ އެއްޗެއް ނުވަތަ ޗާޕުކޮށްފައިވާ އެއްޗެއް ފުހެލުން ނުވަތަ ކަނޑައިލުން.

deleterious

ޑެލިޓީރިއަސް. ނއ. ފިކުރާއި ޖިސްމަށް ގެއްލުން ހުރި.

delft

ޑެލްފްޓް. ނ. ނޫކުލައިގައި ހުންނަ ބިއްލޫރި ބޭރުގައި ހާކައިފައިވާ ތަށިމުށި. މީގެ ބާވަތްތައް. delftware.

Delhi

ޑެލްހީ. ނ. އިންޑިއާގެ ވެރިކަން ކުރާ ރަށް. މިހާރު ނަމަ ނިއު ޑެލްހީ. ދިއްލީ.

deliberate

ޑިލިބަރޭޓް. ނއ. 1. ޤަޞްދުގައި. ކަމެއް ވަކި މަޤްޞަދެއްގައި ކުރާ. މ. ޑެލިބަރޭޓްކޮށް ދިން ގެއްލުމެއް. (އޮޅިގެންނެއް، އެކްސިޑެންޓް އަކުން ނޫން). 2. ލަސްލަހުން އަދި ސާބިތުކަމާއެކު. މ. ޑެލިބަރޭޓް ފިޔަވަޅުތަކެއް އަޅަމުން އޮފީހަށް ވަނުން. ކއ. deliberately.

deliberate

ޑިލިބަރޭޓް. ކ. ކަމަކާ ގޮތެއް ނިންމުމުގެ ކުރިން ފަރުވާތެރިކަމާއެކު ވިސްނުން ނުވަތަ މަޝްވަރާކުރުން.

deliberation

ޑިލިބަރޭޝަން. ނ. 1. ކަމަކާ ބޮޑަށް ކުރާ މަޝްވަރާ ނުވަތަ ފިކުރު. 2. ކަމެއް ކުރުމުގެ ކުރިން ފަރުވާތެރިކަމުން ހުންނަ ލަސްކަން.

deliberative

ޑިލިބަރޭޓިވް. ނއ. ކަންކަން މަޝްވަރާކުރުމުގެ ބޭނުމުގައި ނުވަތަ ޑެލިބަރޭޓްކުރުމަށް. މ. ޑިލިބަރޭޓިވް ޖަލްސާއެއް.

delicacy

ޑެލިކަސީ. ނ. 1. އެއްޗެއްގެ ނުވަތަ ކަމެއްގެ ނާޒުކުކަން. 2. އެހެން މީހުންނަށް ނޭދެވޭ އަސަރެއް ކޮށްފާނެތީ ބަލާ ބެލުން. 3. ވަރަށް މީރު ކެއުމެއް.

delicate

ޑެލިކަޓް. ނއ. 1. ނާޒުކު. މަޑު، ހިކި. ޡަރީފް. 2. ފަންނީގޮތުން ވަރަށް މަސައްކަތް ރަނގަޅު (މ. ޑެކިކަޓް ފައްޓަރުބައެއް). 3. (ކުލައާއި ރަހަ އާ މެދު) މަޑު، ނުރަނގަޅުވާ ވަރަށް ގަދައެއް ނޫން. 4. ފަސޭހައިން ހަލާކުވާ ނުވަތަ ބަލިޖެހޭ ނުވަތަ ފިނިކަމަށް ނުވަތަ ހޫނުކަމަށް ކެތްނުކުރެވޭ. މ. ޑެލިކަޓް ގަސް. 5. ގެންގުޅޭއިރު ވަރަށް ބަލައިގެން ގެންގުޅެންޖެހޭ ނުވަތަ ވިސްނައިގެން ކަންކަން ކުރަންޖެހޭ. ޙައްސާސް. 6. ހުނަރުވެރިކަމާއެކު ފަސޭހައިން އަސަރުކުރާ. 7. އެހެން މީހުންނަށް ކޮށްފާނެ އަސަރަކާ މެދު، ނުވަތަ ރުޅިއައިސްދާނެތީ ނުވަތަ ބޭއިޙްތިރާމް ކުރެވިދާނެތީ ފަރުވާ ބަހައްޓާ. ކއ. delicately. ނ. delicateness.

delicatessen

ޑެލިކަޓެސެން. ނ. ތައްޔާރުކޮށްފައި ހުންނަ ކާނާ ވިއްކާ ފިހާރައެއް.

delicious

ޑިލިޝަސް. ނއ. 1. ވަރަށް މީރު. ލަޒީޒު. 2. ވަރަށް މީރުވަސް ދުވާ. ކއ. deliciously.

delight

ޑިލައިޓް. ކ. 1. ބޮޑަށް އުފާވުން ނުވަތަ އުފާ ކުރުވުން. 2. ވަރަށް ބޮޑަށް އުފާވުން ނުވަތަ އުފާކުރުވުން. —ނ. delight 1. ވަރަށް ބޮޑު އުފާ. ތަސައްލީ. ބޮޑު ހިތްހަމަޖެހުން. 2. މިކަން ކުރުވާ ކަމެއް ނުވަތަ އެއްޗެއް.

delightful

ޑިލައިޓްފުލް. ނއ. އުފައުވެރިކަން ގެނުވާ. ކއ. delightfully.

Delilah

ޑިލީލާ. ނ. މީހުން ހައްލާ މަގުފުރައްދާ މަކަރުވެރި އަންހެނެއް.

delimit

ޑީލިމިޓް. ކ. އެއްޗެއްގެ ނުވަތަ ކަމެއްގެ އިން ކަނޑައެޅުން ނުވަތަ ފާހަގަކުރުން. ނ. delimitation.

delineate

ޑިލިނިއެޓް. ކ. ކުރަހައިގެން ނުވަތަ ސިފަކޮށްދީގެން ސާފުކޮށްދިނުން ނުވަތަ އޮޅުންފިލުވައިދިނުން. ބަޔާންކުރުން. —ނ. delineation.

delinquent

ޑިލިންކްވެންޓް. ނއ. ކުށެއް ކޮށްފައިވާ ނުވަތަ މަސްއޫލިއްޔަތެއް އަދާކުރުމަށް ފޭލިވެފައިވާ. ނ. މިފަދަ ކަމެއް (ޤާނޫނީ ކުށެއްފަދަ ކަމެއް) ކޮށްފައިވާ މީހެއް، ޚާއްޞަކޮށް ހަނގު މީހެއް. ނ. delinquency.

delirious

ޑިލިރިއަސް. ނއ. 1. ޑިލީރިއަމް އެއްގައިވާ. ބުއްދިފިލައި ގޮސްފައިވާ. 2. މާބޮޑަށް މަޖާވެފައިވާ. ކއ. deliriously.

delirium

ޑިލީރިއަމް. ނ. 1. ގަދައަށް ހުން އައުމުގެ ސަބަބުން ނުވަތަ އެހެން ވެސް ކަމަކާ ހުރެ ބުއްދި ހަމަޖެހިފައި ނުވާ ހާލަތް. 2. އަސަރުތަކާއި ޝުޢޫރުތަކުން ފުރިގެންވާ ޙާލަތެއް. delirium tremens ޑިލީރިއަމް ޓްރީމެންޒް. ރަލުގެ ސަބަބުން ޢަމަލުވެގެން ތުރުތުރު އަޅައި ވިސްނުން ގެއްލިފައިވާ ހާލަތް.

deliver

ޑިލިވަރ. ކ. 1. މުދައު ސިޓީ ފަދަ ތަކެތި އެޑްރެސްކޮށްފައިވާ ފަރާތަށް ނުވަތަ ގަތް މީހާއަށް ރައްދުކޮށްދިނުން. ރައްދުކުރުން. ފުރާތަކުރުން. 2. ދިނުން. ހަވާލުކުރުން. ނަގުލުކުރުން. 3. ބުނުން (ވާހަކަ ދެއްކުމުގައި). މ. ޚިޠާބެއް ޑެލިވަރކުރުން. 4. އަމާޒުކުރުން ނުވަތަ ފޮނުވުން. މ. ރޮކެޓެއް. ޙަމާލާއެއް. 5. ސަލާމަތްކުރުން. ދޫކޮށްލުން. 6. އަންހެނަކަށް ވިހެއުމުގައި އެހީތެރިވުން. she was delivered of a child = އެކަބުލޭގެ ކުއްޖަކު ވިހައިފިއެވެ. ނ. deliverer.

deliverance

ޑިލިވަރަންސް. ނ. ސަލާމަތް ކުރުން. ދޫކޮށްލުން. ނަޖާކުރުން. ދިންނެވުން.

delivery

ޑިލިވަރީ. ނ. 1. ފޯރުކޮށްދޭ ފޯރުކޮށްދިނުން. 2. މުދައު ތަންތަނަށް ވަކި ހަމައަކުން ބަހާ ބެހުން. 3. ވާހަކައެއް މީހަކު ދައްކާ ގޮތް. 4. ކުރިކެޓު ބޯޅަ އުކާގޮތް. delivery note ލިބޭމީހާއަށް ފޮނުވީ ކޮންއެއްޗެއްކަން އެނގޭގޮތަށް މުދައު ފިހާރަތަކަށް ފޮނުވާ އިރު ތަކެއްޗާއެކު ފޮނުވާ މުދަލުގެ ލިސްޓް.

dell

ޑެލް. ނ. ގަސްތައް ހެދިފައި އޮންނަ ކުޑަ ވާދީއެއް.

delphinium

ޑެލްފިނިއަމް. ނ. ނޫކުލައިގެ ދިގު މާގަނޑެއް ގިނައިން އަންނަ ބަގީޗާ ގަހެއް.

delta

ޑެލްޓާ. ނ. 1. ޔޫނާނީ އަލިފުބާގެ ހަތަރުވަނަ އަކުރު. 2. ކޯރެއް ކަނޑަށް ފައިބާއިރު، ދެ ކަފިވެގެން ތިނެސްކަނަށް ހެދިފައި އޮންނަ ބިން. 3. ތިނެސްކަން ބައްޓަމަށް ހުންނަ އެހެން ތަކެއްޗަށް ވެސް މިނަން ބޭނުން ކުރެއެވެ. މ. delta wing aircraft ތިނެސްކަނަށް ހުންނަ ފިޔަލީ މަތިންދާ ބޯޓު.

delude

ޑިލޫޑް. ކ. މީހަކަށް ކަމެއް އޮޅުވައިލުން.

deluge

ޑެލޫޖް. ޑެލްޔޫޖް. ނ. 1. ބޮޑު ފެންބޮޑުވުމެއް. the Deluge ނޫޙްގެ ފާނުންގެ ދުވަސްވަރު އައި ފެންބޮޑުވުން. 2. ވަރަށް އަވަހަށް ގިނައިން އަންނަ ކޮންމެ އެއްޗެއް. މ. ސުވާލުތަކެއް. —ކ. ފެންބޮޑުވުން. ބޮޑު ފެންބޮޑުވުމެއްގެ ގޮތަށް ކަމެއް އައުން.

delusion

ޑިލޫޜަން. ނ. (ބައެއް ފަހަރު ފިކުރުގެ އުނިކަމުން) ޙަޤީޤަތާ ޚިލާފު ވިއަސް، ވަކި ބާވަތެއްގެ ޤަބޫލުކުރުންތަކެއް ޤަބޫލުކުރުން. ވަހުމް.

delusive

ޑިލޫސިވް. ނއ. ނުބައި މަޢުލޫމާތުދޭ. އޮޅުވާލާ.

de luxe

ޑި ލަކްސް. ނއ. ވަރަށް ފެންވަރު ރަނގަޅު. މަތީ ފެންވަރުގެ. ފުރިހަމަކަން ބޮޑު.

delve

ޑެލްވް. ކ. 1. (އިހުގެ ބަހުރުވަތަކުގައި) ކޮނުން. 2. ވަރަށް ބޮޑަށް ބަލައިގެން މަޢުލޫމާތު ހޯދުން. މ. ވަކި މައުޟޫޢުއަކާ ބެހޭ ގޮތުން ފޮތްތަކުން.

demagogue

ޑެމަގޮގް. ނ. މީހުންގެ ބިރުތަކާއި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ވާހަކަ ދައްކައިގެން އެމީހުންގެ ރުހުން ހޯދާ ވެރިން.

demand

ޑިމާންޑް. ނ. 1. ޙައްޤެއް އޮވެގެން ކަމަށް ހީވާގޮތަށް ވަރަށް ބޮޑަށް (ގިނަ ފަހަރު ބޭއިޙްތިރާމާއެކު) ކަމަކަށް އެދޭ އެދުން. 2. ޚިދުމަތާއި ތަކެތި ގަތުމަށް މީހުންގެ ހިތްތަކުގައި އޮންނަ އެދުން. 3. އަވަހަށް ކަމެއް ކުރުމަށް އެދުން. މ. there are many demands on my time = އަހަރެންގެ ވަގުތަށް ގިނަ ކަންތައްތަކެއް އެދެއެވެ. —ކ. 1. ޑިމާންޑެއް ކުރުން. 2. ބޭނުންވުން. މ. ވެލްޑިންގ ކުރުމަށް އެތައް ހުނަރެއް ޑިމާންޑް ކުރެއެވެ. demand note ފައިސާ ދެއްކުމަށް އަންގާ އެންގުމެއް. in demand ބޭނުންވެގެން ހޯދާ. on demand އެދޭހާ އަވަހަކަށް. މ. އޮން ޑިމާންޑް ގައި ފައިސާ ދެއްކުން.

demanding

ޑިމާންޑިން. ކއ. 1. ގިނަ ކަންތައްތައް ކުރުމަށް އެދޭ. 2. މަސައްކަތާއި ހުނަރު ބޭނުންވާ. މ. ޑިމާންޑިން ވަޒީފާ.

demarcation

ޑީމާކޭޝަން. ނ. 1. އެއްޗެއްގެ އިން ފާހަގަކުރާކުރުން ނުވަތަ ހައްދު ކަނޑައަޅާއެޅުން. އެއްޗެއް ބައިކުރާ ރޮނގު. 2. މަސައްކަތު މީހުންގެ ޔުނިއަންތަކަށް ތަފާތު މަސައްކަތް ބަހާ ބެހުން.

demean

ޑިމީން. ކ. ޤަދަރުކުޑަކުރުން. ބޭއިޙްތިރާމްކުރުން.

demeanour

ޑިމީނަރ. ނ. މީހަކު ބޭރުފުށުން އުޅޭ ގޮތް. މ. އޭނާގެ އުފާވެރި ޑިމީނަރ.

demented

ޑިމެންޓިޑް. ނއ. މުސްކުޅިވުމުން ވިސްނުންކޮށިވާ dementia ބަލިޖެހިފައިވާ. މޮޔަވެފައި. ހަމަނުޖެހޭ.

demerara

ޑެމޮރާރާ. ނ. އުއްދަނޑިން ފެލާފައި ހުންނަ ދިޔަ ކައްކައިގެން އުފައްދާ މަޑުމުށިކުލައިގެ ރޯ ހަކުރު.

demerit

ޑިމެރިޓް. ނ. ކުށެއް. އުނިކަމެއް.

demesne

ޑިމީން. ޑިމެއިން. ނ. 1. ގެއަކާ ގުޅިފައިވާ ގޭގެ ބޭނުންތަކަށް ތަކެތި ހެއްދުމަށް އޮންނަ ބިން. 2. ދަނޑުވެރިކަން ކުރާ ބިމުން ސަރަޙައްދެއް. 3. ސަރަޙައްދެއް. ގޮއި.

demilitarized

ޑިމިލިޓަރައިޒްޑް. ނއ. އެއްބަސްވުމެއްގެ ދަށުން ހަނގުރާމައިގެ އެއްވެސް ކަމެއް ނުހިންގާ ސަރަޙައްދެއް.

demise

ޑިމައިޒް. ނ. ރަސްމީ ބަހުރުވައިން މަރު.

demisemiquaver

ޑެމިސެމިކުއޭވަރ. ނ. މިޔުޒިކްގެ ނޯޓެއް. މި ނޯޓުގެ މިންވަރަކީ ސެމިކުއޭވަރ އެއްގެ ދެބައިކުޅަ އެއްބައި.

demist

ޑިމިސްޓް. ކ. (ވިންޑްސްކްރީން ފަދަ) އެއްޗަކުން ވައިގެ ތެތްކަމުން އުފެދޭ ކުދި ފެންތިކިތައް ފިލުވުން. ނ. demister މިކަން ކުރާ އެތި.

demo

ޑެމޯ. ނ. (demos) ނުރަސްމީ ބަހުރުވައިން ޑެމޮންސްޓްރޭޝަން.

demob

ޑިމޮބް. ކ. (demobbed, demobbing)ކުރުކޮށް ޑިމޮބިލައިޒްކުރުން (ތިރި ބަލާ!).

demobilize

ޑިމޮބިލައިޒް. ކ. ހަނގުރާމައިގެ ޚިދުމަތުން ވީއްލުން. ނ. demobilization.

democracy

ޑިމޮކްރެސީ. ނ. ވެރިކަން ކުރުމުގެ ނިޒާމެއް. މި ނިޒާމުގެ ގޮތްތައް ނިންމުމުގައި ހުރިހާ ރައްޔިތުން ބައިވެރިވެއެވެ. ގިނަ ފަހަރު ރައްޔިތުން ބައިވެރިވަނީ އެމީހުން ހޮވާ މަންދޫބުން މެދުވެރިކޮށެވެ. މިނިޒާމުން ހިންގާ ޤައުމުތަކަށް ވެސް މިހެން ކިޔައެވެ.

democrat

ޑިމޮކްރެޓް. ނ. 1. ޑިމޮކްރެސީއަށް ތާއީދުކުރާ މީހެއް. 2. Democrat އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއް.

democratic

ޑިމޮކްރެޓިކް. ނއ. 1. ޑިމޮކްރެސީގެ. ޑިމޮކްރެސީ އަށް ބާރުދޭ، ނުވަތަ ވައްތަރު. ދިމިޤްރާޠީ. 2. ހުރިހާ އެންމެންނަށް އެއް ޙައްޤުތަކެއް ދޭ އުސޫލުން. މ. ޑިމޮކްރެޓިކް ނިންމުމެއް. 3. Democratic އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ. ކއ. democratically.

democratize

ޑިމޮކްރެޓައިޒް. ކ. ޑިމޮކްރެޓިކް ކުރުން. ނ. democratization.

demolish

ޑިމޮލިޝް. ކ. 1. ގެއެއް ފަދަ ތަނެއް ހަލާކުކޮށްލުން. 2. ސަމާސާގޮތަކަށް އަވަހަށް ކެއުން. 3. ޒުވާބެއްގައި އަނެއް ފަރާތުގެ ހުށަހެޅުން ބޮޑަށް ބަލިކޮށްލުން. ނ. demolition.

Click image to go to the top… Safhaage kuriah dhiumah thasveerah obaalaa …

Demon …

demon

ޑީމަން. ނ. 1. ސައިތާނެއް. ދެއްވެއް. އިފުރީތެއް. 2. ނުލަފާ ގަދަފަދަ މީހެއް. ކޮންޓްރޯލް ނުކުރެވޭ ނުލަފާ މީހެއް. 3. ކަމަކަށް ވަރަށް ކުޅަދާނަ މީހެއް. މ. ޑީމަން ކައްކާއެއް.

demoniac

ޑީމޯނިއަކް. ނއ. 1. ޑީމާން އެއްގެ ނުވަތަ އޭގެ ސިފަހުރި. 2. ޑީމަން އެއް ނުވަތަ ޖިންނިއެއްގެ ބާރުފޯރާފައިވާ. 3. ވަރަށް ފޯރިގަދަވެފައިވާ.

demoniacal

ޑީމޮނިއަކަލް. ނއ. ޑީމަން އެއްގެ ސިފަތައް ހުރި. ނުވަތަ އެފަދަ އެއްޗަކާ ވައްތަރު.

demonic

ޑީމޮނިކް. ނއ. ޑީމަންއަކަށް ނިސްބަތްވާ. ޑީމަންއެއްގެ.

demonstrable

ޑެމޮންސްޓްރަބްލް. ނއ. ސުބޫތުކުރެވޭނޭ ނުވަތަ ސަބަބާއެކު ހާމަކޮށްދެވޭނޭ. ދެކިނެވުން. ކއ. demonstrably.

demonstrate

ޑެމޮންސްޓްރޭޓް. ކ. 1. ސުބޫތުކުރުން. ކަމެއް ނުވަތަ އެއްޗެއް ތެދުކަން ދައްކައިދިނުން. ދެކިނެވުން. 2. މިސާލީ އެއްޗެއްގެ ބައިތައް ބޭނުންކޮށްގެން އޮޅުންފިލުވައި ދިނުން ނުވަތަ ސިފަކޮށްދިނުން. 3. ޑެމޮންސްޓްރޭޝަން އެއްގައި ބައިވެރިވުން. ނ. demonstrator.

demonstration

ޑެމޮންސްޓްރޭޝަން. ނ. 1. ޑިމޮންސްޓްރޭޓް ކުރާ ކުރުން. 2. ޝުޢޫރުތައް ހާމަކުރާ ކުރުން. 3. ޚިޔާލެއް ހާމަކުރުމަށް ބާއްވާ ހިނގާލުމެއް ނުވަތަ އެއްވާ އެއްވުމެއް. މުޒާހަރާ. 4. ސިފައިންގެ ބާރު ދައްކާލާ ދައްކާލުމެއް.

demonstrative

ޑިމޮންސްޓްރޭޓިވް. ނއ. 1. ހާމަކޮށްދޭ. ތެދުކަން އަންގައިދޭ. ދެކިނަވާ. 2. މީހެއްގެ ޝުޢޫރުތައް ހާމަކުރާ. މ. އޭނާއަކީ ޑިމޮންސްޓްރޭޓިވް ކުއްޖެކެވެ. ކއ. demonstratively. ނ. demonstrativeness. demonstrative pronoun ޕްރޮނައުން މި ލަފުޒު ބަލާ!

demoralize

ޑިމޯރަލައިޒް. ކ. 1. މީހެއްގެ އުއްމީދު ނުވަތަ ނަފުސަށް އޮންނަ އިތުބާރު ގެއްލޭގޮތް ހެދުން. 2. ރޫޙް ގެއްލުވައިލުން. މާޔޫސްކުރުވުން. ނ. demoralization.

demote

ޑީމޯޓް. ކ. ދަރަޖަ ދަށްކުރުން. ނ. demotion.

demur

ޑިމަރ. ކ. (demurred, demurring) އިއުތިރާޒުކުރާކަން ފާޅުކުރުން. މ. ހުކުރު ދުވަހު މަސައްކަތްކުރުމާ ބެހޭގޮތުން އެމީހުން ޑިމަރކުރިއެވެ. ނ. މިގޮތުން ކުރާ އިއުތިރާޒު.

demure

ޑިމުއަރ. ކއ. ބަސްމަދުވެފައި ލަދުވެތި (އަންހެނުންނާ މެދު). ހެދުން އެޅުމުގައި ދެއްކުންތެރިކަން ކުޑަ. ކއ. demurely، ނ. demureness.

den

ޑެން. ނ. 1. ވަލުޖަނަވާރެއް ދިރިއުޅޭ ހޮހޮޅަ ފަދަ ތަން. 2. ގާނޫނާ ޚިލާފުކަމެއް ކުރުމަށް މީހުން އެއްވާ ތަން. މ. އަފިހުން ކައިއުޅޭ ޑެން އެއް. 3. މީހަކު ވަކި މަސައްކަތެއް ކުރުމަށް ނުވަތަ ފޫހިފިލުމަށް ވަދެ ބަންދުކޮށްގެން އުޅޭ ކުޑަ ކޮޓަރިއެއް.

denationalize

ޑިނެޝަނަލައިޒް. ކ. ވިޔަފާރިއެއް ނުވަތަ ޞަނާޢަތެއް ސަރުކާރުން ހިންގުމުގެ ބަދަލުގައި އަމިއްލަ ފަރާތަކަށް ހިންގުން ނަގުލުކުރުން. ނ. denationalization.

denatured

ޑީނޭޗަރޑް. ނއ. އެއްޗެއްގެ ޠަބީޢީ ސިފަ ނުވަތަ ގޮތް ބަދަލުކޮށްފައިވާ. މ. ޑިނޭޗަރޑް ބަނގުރާ = ބުޔުމަށް ކަމުނުދާނޭ ހެން އެއްޗެއް އެއްކޮށްފައިވާ (ނަމަވެސް އެހެން ބޭނުންކުރެވޭ).

deniable

ޑިނަޔަބްލް. ނއ. އިންކާރު ކުރެވޭ.

denial

ޑިނަޔަލް. ނ. 1. ކަމަކަށް ކުރާ އިންކާރު. 2. އެދޭ އެދުމަކަށް ކުރާ ރައްދު ނުވަތަ އިއުތިރާޒު. 3. ޙަޤީޤަތާ ޚިލާފަށް ނަފުސުގެ އަގު ހިފެހެއްޓުމަށް ކުރާ އިންކާރު. މ. ކުރު މީހަކު ކުރު ނޫންކަމަށް ދެކޭ ދެކުން.

denier

ޑިނަޔަރ. ނ. ގިނަ މީހުން ގަބޫލުކުރާ ކަމަކަށް އިންކާރުކުރާ މީހާ.

denier

ޑެނިޔަރ. ނ. ފަށުވި ފަދަ ބައެއް ބާވަތުގެ ނަރު މިނަން (ވަޒަންކުރަން) ގެންގުޅޭ ޖިންސްއެއް.

denigrate

ޑެނިގްރޭޓް. ކ. ނަހަމައިން ކުށްދެއްކުން ނުވަތަ އެއްޗެއްގެ އަގު، ޤަދަރު ވައްޓާލުން. މީހެއްގެ ޢިއްޒަތް ވެއްޓޭގޮތަށް ވާހަކަ ދެއްކުން. ބަދުނާމުކުރުން. މަލާމާތްކުރުން. ނ. denigration.

denim

ޑެނިމް. ނ. ބޯ ކަފަ އުޔަކުން ހިމަ ފާޓުހަމަ ދުޅައެއް ހުންނަ ގޮތަށް ވިޔެފައި ހުންނަ ފޮއްޗެއް. ޖީންސް ފޮތި. denims ޖީންސް. މިފޮތިން ފަހާފައި ހުންނަ ފަޓުލޫނު.

denizen

ޑެނިޒަން. ނ. ވަކި ސަރަޙައްދެއްގައި ނޫނީ ނޫޅޭ، ނުފެންނަ ގަހެއް، މީހެއް ނުވަތަ ޖަނަވާރެއް. މ. އާޓިކް ކަނޑުގެ ޑެނިޒަންތައް.

Denmark

ޑެންމާކް. ނ. އުތުރު ޔޫރަޕުގެ ޤައުމެއް.

denomination

ޑިނޮމިނޭޝަން. ނ. 1. ނަމެއް ނުވަތަ ލަޤަބެއް. އެއްޗަކަށް ނަމެއް ދިނުމުގެ ނުވަތަ އެއްޗެއް ގިންތިކުރުމުގެ ޢަމަލު. 2. ނަޞާރާދީނުގެ ވަކި މަޒުހަބެއް. 3. ގުނުމުގެ ޖިންސްގެ ބައެއް. މ. ލާރީގެ ކުދި ޑިނޮމިނޭޝަން = ކުޑަ އަގުތަކުގެ ލާރި. ނޫޓުގެ ނުވަތަ ސްޓޭމްޕްގެ މޫނުމަތީ އަގު.

denominational

ޑިނޮމިނޭޝަނަލް. ނއ. ނަޞާރާދީނުގެ ވަކި ގޮތްޕަކަށް ނުވަތަ މަޒުހަބަކަށް ނިސްބަތްވާ.

denominator

ޑިނޮމިނޭޓަރ. ނ. ކަސްރެއްގެ އުދަރެސް ރޮނގުގެ ތިރީގައި ޖަހާ އަދަދު. މިއިން އަންގައިދެނީ ކަސްރު ބައިކުރާ މިންވަރެވެ. common denominator = އެއްޗެތިތަކަކަށް ޢާއްމު ނުވަތަ އެއްގޮތްކަމަށް ބުނާ ސިފަ.

denote

ޑިނޯޓް. ކ. އެއްޗެއްގެ ނަން، ރަމްޒު، ނިޝާން ފަދަ އެއްޗަކަށް ވުން. ރަމްޒުކުރުން. ވަކި އެއްޗަކަށް ނުވަތަ ކަމަކަށް ދެއްކުން.

denouement

ޑޭނޫމާން. ޑެއިނޫމޯ. ނ. ވާހަކައެއް ނުވަތަ ތަމުސީލެއް ނިމޭއިރު ހުރިހާ ކަމެއް ހަމަޖެހިގެންދާ ދިއުން. ތަމުސީލެއް ނުވަތަ ވާހަކައެއްގެ މިބައި.

denounce

ޑިނައުންސް. ކ. 1. އިދިކޮޅަށް ޢާއްމުކޮށް ވާހަކަ ދެއްކުން. 2. މައުލޫމާތު އިދިކޮޅަށް ދިނުން. 3. އަހުދެއް، އެއްބަސްވުމެއް އުވާލިކަމަށް ނުވަތަ ނިމުނުކަން ހާމަކުރުން.

dense

ޑެންސް. ނއ. 1. ބޯވެ ސާފުކޮށް ނުފެންނަ ގޮތްވެފައިވާ. މ. ދުން. 2. ގާތްގާތުގައިވެ ގިނަވެފައިވާ. މ. މީހުން. 3. ސޭކު. ކއ. densely. ނ. denseness.

density

ޑެންސިޓީ. ނ. 1. އެއްޗެއް ގައިގޯޅިވެ ބޯވެފައިވާ ވުން. 2. ސޭކުކަން. 3. އެއްޗެއްގެ ބަރުދަން އޭގެ ބޮޑުމިނުން (ވޮލިއުމްއިން) ގެއްލީމާ ނުކުންނަ ޢަދަދު.

dent

ޑެންޓް. ނ. (މ. ޖަސްތުގަނޑެއްގައި) ޖެހުމުން ނުވަތަ ފިއްތުމުން ލާފައި ހުންނަ އަޑިގަނޑު. ބަނޑި. 2—ކ. ބަނޑިވުން ނުވަތަ ބަނޑިކުރުން.

dental

ޑެންޓަލް. ނއ. 1. ދަތުގެ ނުވަތަ ދަތާ ބެހޭ. 2. ޑެންޓިސްޓްރީ ގެ. dental floss ދެ ދަތް ދޭތެރެ ސާފުކުރުމަށް ބޭނުންކުރާ ގަދަ ރޮއްޖެއް.

dentifrice

ޑެންޓިފްރިސް. ނ. ދަތްއުނގުޅާ ބޭސް ނުވަތަ ކުނޑި.

dentist

ޑެންޓިސްޓް. ނ. ދަތް އުފުރާ، ފަރުވާކޮށް ހެދުމުގެ ހުނަރާއި ތަމްރީނު ލިބިފައިވާ މީހެއް.

dentistry

ޑެންޓިސްޓްރީ. ނ. ޑެންޓިސްޓެއްގެ މަސައްކަތް ނުވަތަ އެކަމުގެ ފަންނީ ވަޒީފާ.

denture

ޑެންޗަރ. ނ. މަޞްނޫއީ ދަތްތަކުގެ ސެޓެއް.

denude

ޑިނިއުޑް. ކ. 1. މުދައު، ފަށަލައެއް، ނުވަތަ އެހެންވެސް އެއްޗެއް ވަކިކުރުން. އޮރިޔާންކުރުން. އެއްވެސް އެއްޗެއް ނެތްވަރުކުރުން. ބޭރު ފަށަލަ ނުވަތަ ދާފަރާ ނައްޓާލުން. 2. މީހެއްގެ އަތުން ތަކެތި ނެގުން/ވަކިކުރުން. މ. އޭނާ ދަރާފައިވާ މީހުން ހުރިހާ މުދަލަކުން އޭނާ ޑިނުއުޑް ކޮށްފިއެވެ. ނ. ޑީނިއުޑޭޝަން denudation.

denunciation

ޑިނަންސިއޭޝަން. ނ. ޑިނައުންސްކުރާ ކުރުން. ކަމެއް ޢާއްމުންނަށް އެނގޭގޮތަށް ނުރަނގަޅުކަމަށް ބުނާ ބުނުން.

deny

ޑިނައި. ކ. (denied, denying) 1. އެއްޗެއް ނުވާކަމަށް ބުނުން. ތެދުނޫންކަމަށް ބުނުން. އިންކާރުކުރުން. 2. ޤަބޫލުނުކުރުން. 3. ދިނުމަށް ދެކޮޅު ހެދުން. ބޭނުންވާ އެއްޗެއް ދިނުމަށް އިއުތިރާޒުކުރުން. ލިބުނަ ނުދިނުން. deny oneself ކެއުމާއި ބުޔުމާއި އަރާމުތައް އަމިއްލަ ނަފުސަށް ކޮންމެވެސް ވަރަކަށް މަނާކުރުން.

deodorant

ޑީއޮޑޮރަންޓް. ނ. ނުބައި ވަސް ފޮރުވާ ނުވަތަ ފިލުވާ އެއްޗެއް. ނއ. deodorizing.

deodorize

ޑިއޮޑޮރައިޒް. ކ. އެއްޗެއްގެ ވަސް ކަނޑުވާލުން. ނ. deodorization.

depart

ޑިޕާޓް. ކ. 1. ދުރަށް ދިއުން. ދިއުން. 2. (ބަސް ފަދަ ތަކެތި) ފުރުން. 3. ވަކި މިސްރާބަކުން ވަކިވެގެން ދިއުން. މ. އަހުރެމެންގެ ޢާއްމު ގަވާއިދާ ޑިޕާޓްވުން.

departed

ޑިޕާޓިޑް. ނއ. 1. މާޒީވެ ގޮސްފައިވާ. 2. the departed ނިޔާވެފައިވާ މީހުން.

department

ޑިޕާޓްމަންޓް. ނ. 1. ބޮޑު މުއައްސަސާއެއްގެ ވަކި ކަމަކާ ބެހޭ ގޮފި. ދާއިރާ. ޤިސްމު. ވުޒާރާ. މަޙަކްމާ. 2. ބައެއް ޤައުމުތަކުގައި، އިދާރީގޮތުން ޤައުމު ބައިކޮށްފައިވާ ބައެއް. 3. ހުނަރު ނުވަތަ ތަޖުރިބާގެ ދާއިރާއެއް. މ. ބޯކޮށުމަކީ އަހުރެންގެ ޑިޕާޓްމަންޓް އެއް ނޫނެވެ.

departmental

ޑިޕާޓްމަންޓަލް. ނއ. ޑިޕާޓްމަންޓް އަކަށް ނިސްބަތްވާ. ޑިޕާޓްމަންޓް އަކާ ބެހޭ.

departure

ޑިޕާޗަރ. ނ. 1. (މ. ފުރައިގެން) ދޫކޮށް ދިއުމުގެ ޢަމަލު. 2. ކަމަކާ ގުޅިގެން ކަންކުރަންވާ ނުވަތަ އަންގާފައިވާ މަގުން ފޭވާ ފޭވުން. 3. އޮޑިއެއްގެ މިސްރާބުގައި، ދުނިޔޭގެ އުތުރު ތަނޑިން ދެކުނު ތަނޑިއަށް ހުންނަ ލޮންޖިޓިއުޑް ރޮނގުން ފޭވާ މިންވަރު.

depend

ޑިޕެންޑް. ކ. depend on 1. އެހެން އެއްޗަކުން ކޮންޓްރޯލް ކުރާ ނުވަތަ ގޮތެއް ނިންމާ. މ. ޕިކްނިކް އޮންނާނީ މޫސުމަށް ޑިޕެންޑް ވެއެވެ. ބަރޯސާވުން. މި ލަފުޒު އިނގިރޭސިބަހަށް އައިސްފައިވަނީ، އެއްޗެއް އެހެން އެއްޗަކުން އެލުވިގެންވުމަށް ނިސްބަތްކޮށެވެ. 2. އެހެން އެއްޗަކާ ނުލައި ކަމެއް ނުވުން. މ. އޭނާ އަހުރެންގެ އެހީއަށް ޑިޕެންޑް ވެއެވެ. 3. ޔަޤީންކަން ނުވަތަ އިތުބާރު އޮތުން. މ. އަންގާލާއިރަށް އަންނާނެކަމަށް އޭނާއަށް ޑިޕެންޑް ކުރެވެއެވެ. 4. ވަކިގޮތެއް ނުނިންމާވުން (ޕެންޑިން ބަލާ!)

dependable

ޑިޕެންޑަބްލް. ނއ. އިތުބާރުކުރެވޭ. ބަރޯސާކުރެވޭ. ނ. dependability.

dependant

ޑިޕެންޑާންޓް. ނ. ދިރިއުޅުމުގެ ޚަރަދުތައް ހޯދުމަށް އެހެން މީހަކަށް ބަރޯސާވާންޖެހޭ ފަރާތެއް.

dependence

ޑިޕެންޑަންސް. ނ. އެހެން ފަރާތަކަށް ބަރޯސާވުމުގެ ޢަމަލު ނުވަތަ ޙާލަތް. ނ. dependency މިފަދަ ޤައުމެއް ނުވަތަ ރަށެއް.

depict

ޑިޕިކްޓް. ކ. 1. ކުރެހުމަކުން، ނުވަތަ ފޮޓޯއަކުން ނުވަތަ އެހެންވެސް ފަންނީ ގޮތަކަށް ކަމެއް ނުވަތަ އެއްޗެއް ދެއްކުން. ތަޞައްވުރުކުރުން. 2. ލަފުޒުތަކުން ބަޔާންކުރުން. މ. ވާހަކައިގައި ޒުވާންކަން ޑިޕިކްޓްކޮށްފައިވަނީ މަގުފުރެދޭ ކަމެއްގެ ގޮތުގައެވެ. ނ. depiction.

depilatory

ޑިޕިލޭޓަރި. ނ. ބޭނުންނުވާ އިސްތަށި ހަންގަނޑުންވަކިކުރާ މާއްދާއެއް (މ. ކްރީމްއެއް). —ނއ. އިސްތަށި ވަކިކުރާ.

deplete

ޑިޕްލީޓް. ކ. ގިނަ ޢަދަދަކަށް އެއްޗެއް ބޭނުންކޮށްގެން އެ ހުސްވުން ނުވަތަ މަދުވުން. މ. ތާނގީގައި ހުރި ފެން ޑިޕްލީޓްވުން. ނ. depletion.

deplorable

ޑިޕްލޮރަބްލް. ނއ. 1. ހިތާމަކުރެވޭ ފަދަ. އެއްވެސް ގޮތަކަށް ޤަބޫލުނުކުރެވޭ. ކުށްވެރިކުރަންޖެހޭ ފަދަ. މ. ކުޑަކުދިން ތިބީ ޑިޕްލޮރަބްލް ޙާލަތެއްގައެވެ. 2. ވަރަށް ކަމުނުދޭ. ކަމުނުދާވަރުން ހައިރާންކުރުވާ. ކއ. deplorably.

deplore

ޑިޕްލޯރ. ކ. 1. ކަމަކާ ވަރަށް ހިތާމަކުރުން. މ. މީހެއްގެ މަރާ މެދު. 2. ކަމަކީ ހިތާމަކުރަންޖެހޭ ކަމެއްގެ ގޮތުގައި ދުށުން. 2. އެމީހުންގެ ހުނަރުނެތްކަން ޑިޕްލޯކުރުން.

deploy

ޑިޕްލޮއި. ކ. 1. ހަމަލާއަކަށް ސިފައިންގެ ފައުޖެއް ވަކި ތަނަކަށް ގެނެސް ރުކުރުވައިލުން ނުވަތަ ޖަމާކުރުން. 2. އެދެވޭ ނަތީޖާ ނެރެވޭ ގޮތަށް ބޭނުންކުރުން. ނ. deployment.

depopulate

ޑިޕޮޕިއުލޭޓް. ކ. އާބާދީ ކުޑަކޮށްލުން ނުވަތަ މަދުކުރުން. ތަނަކުން މީހުން ބޭލުން. ނ. depopulation.

deport

ޑިޕޯޓް. ކ. މީހަކު (މ. ބިދޭސީއަކު) ޤައުމުން ބޭރުކޮށްލުން. ނ. deportation.

deportment

ޑިޕޯޓްމަންޓް. ނ. މީހެއްގެ އުޅުން. ޚާއްޞަކޮށް ކޮޅަށް ހުންނަ އިރު ނުވަތަ ހިނގާއިރު އޭނާގެ ހަށިގަނޑު ގެންގުޅޭ ގޮތް.

depose

ޑިޕޯޒް. ކ. 1. ގަދަކަމުން ކުއްލިއަކަށް ބާރުން (ވެރިކަމުން) ވަކިކުރުން. 2. ހުވާކޮށްފައި ކޯޓެއްގައި ހެކި ދިނުން.

deposit

ޑިޕޮޒިޓް. ނ. 1. ރައްކާތެރިކަމާއެކު ބެހެއްޓުމަށް (ފަހުން އަނބުރާ ލިބިގަތުމަށް) ދޭ އެއްޗެއް. 2. ބޭންކަށް ބެހެއްޓުމަށް ދޭ ފައިސާ. ޖަމާކުރާ ފައިސާ. 3. ގަރަންޓީއެއްގެ ގޮތުން ނުވަތަ ފުރަތަމަ ފަހަރު ދައްކާ ފައިސާ. 4. ޤުދުރަތީގޮތުން ތަނަކަށް (މ. ބިމަށް) ފައިބާފައި ނުވަތަ ހަރުލާފައި ހުންނަ ފަށަލައެއް. މ. ރަތުލޯގެ ޑިޕޮޒިޓެއް އެ ބިމުން ފެނިއްޖެއެވެ. —ކ. deposit (depositing, deposited) 1. ތިރިކޮށް ތަނަކު ބެހެއްޓުން. މ. ފޮތްތައް އޭނާ މޭޒުމައްޗަށް ޑިޕޮސިޓްކޮށްފިއެވެ. 2. އަނބުރާ ދިނުމަށް ރައްކާތެރިކޮށް ބެހެއްޓުން ނުވަތަ ދިނުން (މ. ބޭންކަށް ފައިސާ). 3. ގަރަންޓީއެއްގެ ގޮތުގައި ނުވަތަ ފުރަތަމަ ދައްކާ މިންވަރުގެ ގޮތުގައި ފައިސާ ދެއްކުން. 4. އެއްޗެއްގެ މަތީގައި ފެތުރުން މ. ފެންގަނޑު ހިނދުނުއިރު، މަސްތަކެއް ވެލިގަނޑުގެ މަތީގައި ޑިޕޮޒިޓް ވެފައި ހުރުން. deposit account އިންޓަރެސްޓް ލިބޭ، އެންގުމަށް ފަހު ނޫނީ ނުނެގޭ ބޭންކް އެކައުންޓް. on deposit ޑިޕޮޒިޓް އެކައުންޓެއްގައި. ޑިޕޮޒިޓް ފައިސާގެ ގޮތުގައި.

deposition

ޑިޕޮޒިޝަން. ޑެޕޮޒިޝަން. ނ. 1. ވެރިކަމުން ބާލާ ބޭލުން. 2. ހުވާކޮށް ދޭ ބަޔާނެއް. 3. ޑިޕޮސިޓް ކުރާކުރުން.

depositor

ޑިޕޮޒިޓަރ. ނ. ފައިސާ ނުވަތަ އެހެން ތަކެތި ޑިޕޮސިޓްކުރާ މީހެއް.

depository

ޑިޕޮޒިޓަރީ. ނ. ގުދަނެއް. ތަކެތި ބަހައްޓާތަނެއް.

depot

ޑެޕޯ. ނ. 1. (ޢާއްމުކޮށް ހަނގުރާމައިގެ ސާމާނު ބަހައްޓާ) ގުދަނެއް. 2. ރެޖިމެންޓެއްގެ މައި އޮފީސް ނުވަތަ ހެޑްކުއާޓަރު. 3. މުދައު ބަހައްޓާތަން ނުވަތަ މުދަލާއި އުޅަނދު ފަހަރު ފޮނުވާތަން. 4. އެމެރިކާގެ ބަހުރުވައިގައި ބަސް ނުވަތަ ރެއިލްވޭ ސްޓޭޝަނެއް.

deprave

ޑިޕްރޭވް. ކ. 1. އަޚްލާޤީ ގޮތުން ގޯސްކުރުން، ފަސާދަކުރުން. މ. ބައެއް ޓީވީ ޕްރޮގްރާމް ކުޑަކުދިން ޑިޕްރޭވް ކުރެއެވެ. ނ. depravation.

depraved

ޑިޕްރޭވްޑް. ނއ. 1. ނުބައި ނުލަފާ. އަޚްލާޤީ ގޮތުން ވަރަށް ނުބައި. ފަސާދަވެފައިވާ. 2. ފާސިދު.

depravity

ޑިޕްރެވިޓި. ނ. އަޚުލާޤީ ގޮތުން ދަށްވެ ފަސާދަވުން. ނުބައިނުލަފާކަން.

deprecate

ޑެޕްރިކޭޓް. 1. ހިތްހަމަ ނުޖެހޭކަން ނުވަތަ ނުގަބޫލުކަން ފާޅުކުރުން. 2. ޚޫޝާމިދުގެ ގޮތުން ބުނާ ވާހަކައެއް ނުވަތަ ތުހުމަތެއް ރީތިގޮތަކަށް އެހެން ފަރާތަކަށް އަނބުރާލުން. ނއ. deprecatory (ޑެޕްރިކޭޓަރީ). ނ. deprecation.

depreciate

ޑިޕްރީޝިއޭޓް. ކ. 1. އެއްޗެއްގެ އަގު ނުވަތަ ޤަދަރު ކުޑަކުރުން ނުވަތަ އެގޮތް ވުން. 2. މީހެއްގެ އަގު ވައްޓާލުން ނުވަތަ ޤަދަރު ކުޑަކުރުން. މަލާމާތްކޮށްގެން ނުވަތަ ކުށްދައްކައިގެން މިކަން ކުރުން. ނއ. depreciatory.

depredation

ޑެޕްރިޑޭޝަން. ނ. ސުންނާފަތިކޮށްލުން. މުދައު ފޭރުން.

depress

ޑިޕްރެސް. ކ. 1. ހިތްދަތިކުރުވުން. ރޫޙް ދަށްކުރުން. 2. ހަރަކާތްތެރިކަން ކުޑަކުރުވުން. މ. ސްޓޮކްމާކެޓް ޑިޕްރެސްވުން = އަގުތައް ދަށްވުން. 3. އަޑިއަށް އޮބުން. މ. ހެންޑެލި ޑިޕްރެސްކުރާށެވެ.

depressant

ޑިޕްރެސަންޓް. ނ. ނާރުތަކުގެ ޙަރަކާތްތައް ކުޑަކުރުވާ ބޭހެއް.

depression

ޑިޕްރެޝަން. ނ. 1. ގިނަފަހަރު ޖިސްމާނީ އަލާމަތްތަކާއެކު، ބޮޑަށް ހިތްދަތިވާ ހިތްދަތިވުން ނުވަތަ ނާއުއްމީދުގެ ޙާލަތް. 2. ވިޔަފާރި މަދު، ވަޒީފާ ތަދު ދުވަސްވަރެއް. 3. ޖައްވުގައިވާ ވައިގެ ފިއްތުން ކުޑަ ސަރަޙައްދެއް. ގިނަ ފަހަރު މިކަމާއެކު ވާރޭ ވެހެއެވެ. 4. ސަޠަޙައިގައިވާ އަޑިގަޑެއް. 5. ތިރިއަށް އޮބުން.

depressive

ޑިޕްރެސިވް. ނއ. 1. ހިތްދަތިކުރުވާ. 2. ސިކުނޑިއަށް ހާސްކަން ގެނުވާ. —ނ. ސިކުޑި ހާސްވެ މޮޅިވެފައިވާ މީހެއް.

deprival

ޑިޕްރައިވަލް. ނ. އެއްޗަކުން މަޙްރޫމްކުރެވިފައިވާ ޙާލަތް ނުވަތަ އެ ޢަމަލު.

deprivation

ޑެޕްރިވޭޝަން. ނ. 1. ބޭނުންވާ އެއްޗަކުން މަޙްރޫމްކުރާ މަޙްރޫމްކުރުން. 2. ދިރިއުޅުމަށް ކޮންމެހެން ބޭނުން ތަކެތި ލިބިގެންނުވާ ނުވުން.

deprive

ޑިޕްރައިވް. ކ. މީހެއް ނުވަތަ ތަނެއް ބޭނުންކުރިޔަ ނުދިނުން. އުފަލަކުން ނުވަތަ ބޭނުން ހިފުމަކުން މަޙްރޫމްކުރުން. deprived child ޢާއްމު ގެވެހި ދިރިއުޅުމެއްގައި ބޮޑުވެފައި ނުވާ ކުއްޖެއް.

depth

ޑެޕްތް. ނ. 1. ފުންކަން. ޢުމްޤް. 2. މަތިން ތިރިއަށް ނުވަތަ މަތިން އަޑިއަށް ނުވަތަ ކުރިމަތިން ފަހަތަށް ހުންނަ މިން. 3. ވަރަށް ބޮޑަށް ތަކެތި އެނގުން ނުވަތަ އިޙްސާސްވުން ނުވަތަ ފިކުރުކުރެވިގެން ވުން. 4. ކުލަތަކުގެ ގަދަކަން. މ. ޑީޕް އަނދިރިކަން. 5. އަޑުގެ ބަރުކަން. 6. އެއްޗެއްގެ އެންމެ އަޑި ނުވަތަ މެދު. depth-charge ކަނޑުގެ އަޑީގައި ގޮވާގޮތަށް ހަދާފައި ހުންނަ ބޮން. in depth ފުންކޮށް ނުވަތަ ބޮޑަށް މ. ދަސްކުރުން. ތަޙްޤީޤުކުރުން. out of one’s depth އިސްކޮޅު ނުކަތާވަރު ވުން. މީހެއްގެ ޤާބިލްކަމަށް ވުރެ ބޮޑު ކަމެއް ކުރަން މަސައްކަތް ކުރުން.

deputation

ޑެޕިއުޓޭޝަން. ނ. ގިނަ ބައެއްގެ ބަދަލުގައި އެމީހުންގެ ފަރާތުން ކަމެއް ހަމަޖެއްސުމަށް ފޮނުވާ މަންދޫބުންގެ ޖަމާޢަތް.

depute

ޑިޕިއުޓް. ކ. 1. މަސައްކަތެއް މީހަކާ ޙަވާލުކުރުން. 2. މީހެއްގެ މަންދޫބެއްގެ ގޮތުގައި ޢައްޔަނުކުރުން.

depute

ޑެޕިއުޓް. ނ. ސްކޮޓްލަންޑް އިނގިރޭސި ބަހުގައި ޑެޕިއުޓީއެއް.

deputize

ޑެޕިއުޓައިޒް. ކ. 1. ވަގުތީ ގޮތުން އެހެން މީހެއްގެ ބަދަލުގައި ވާހަކަ ދެއްކުން ނުވަތަ ކަމެއް ކުރުން. 2. އެމެރިކާގައި، ބަދަލުގައި ޢައްޔަނުކުރުން.

deputy

ޑެޕިއުޓީ. ނ. 1. އެހެން މީހެއްގެ ބަދަލުގައި ކަމެއް ކުރުމަށް (ވަގުތީ ގޮތުން) ހަވާލުވާ މީހެއް. ނާއިބު. ޤާއިމްމަޤާމް. 2. ބައެއް ޤައުމުތަކުގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރެއް.

derail

ޑިރެއިލް. ކ. (derailed, derailing) ރޭލެއް އޭގެ ދަގަނޑުތަކުން ނައްޓާލުން. އެއްޗެއް އެ ދާންވީ މިސްރާބުން ދިޔަ ނުދިނުން ނުވަތަ އެހެން އަމިއްލައަށް ވުން. ނ. derailment.

derange

ޑިރެއިންޖް. ކ. 1. އޮޅުންބޮޅުން ކޮށްލުން. 2. މޮޔަކޮށްލުން. ނ. derangement.

derate

ޑީރޭޓް. ކ. 1. ދައްކަންޖެހޭ ޓެކްސްއެއް އުވާލުން ނުވަތަ ކެންސަލްކުރުން. 2. އެއްޗެއްގެ ބާރު ކުޑަކުރުން. މ. އިންޖީނެއްގެ.

Derby

ޑާރބި. ނ. 1. އިނގިރޭސިވިލާތުގެ އެޕްސަމް ސަހަރުގައި ބާއްވާ އަހަރީ އަސް ރޭސް. 2. އެހެން ތަނެއްގައި ބާއްވާ އަސް ރޭހެއް. 3. މުހިއްމު ކުޅިވަރު މުބާރާތެއް. 4. އެމެރިކާގެ ބަހުރުވައިގައި މަތި ވަށްކޮށް ހުންނަ ތޮތްޕެއް.

Derbyshire

ޑާރބީޝަޔަރ. ނ. އިނގިރޭސިވިލާގެ (ސަރަޙައްދެއް) ޝަޔަރ އެއް.

derelict

ޑެރިލިކްޓް. ނއ. ހެޔޮގޮތަށް ބޭނުން ނުކުރާތީ ނުވަތަ އަޅައިލުންތެރިކަން ނެތިގެން ވީރާނާވެފައިވާ. ނ. ވަޒީފާއެއް ގެދޮރެއް އާމްދަނީއެއް ނެތް މީހެއް. ވީރާނާވާން ދޫކޮށްލާފައި ހުންނަ ތަކެތި.

dereliction

ޑެރިލިކްޝަން. ނ. 1. މަސްއޫލިއްޔަތުތަކަކަށް ލަދުވެތިކަން ޙައްޤުވާ ފަދަ ގޮތަކަށް ފަރުވާކުޑަކުރާ ކުރުން. 2. އަޅައިލުންތެރިކަންނެތި ވީރާނާ ވާން ދޫކޮށްލާ ދޫކޮށްލުން. މ. އިހުގެ މިސްކިތްތައް ޑެރިލިކްޝަން އިން ރައްކާތެރިކުރުން.

derestrict

ޑީރިސްޓްރިކްޓް. ނ. ހިފެހެއްޓުންތަކެއް ދޫކޮށްލާ ދޫކޮށްލުން. މަނާކޮށްފައިވާ ކަންތައްތަކެއް އުވާލުން. ޑިރެސްޓްރިކްޓިޑް ރޯޑް. ސްޕީޑް ލިމިޓެއް ނުވާ ނުވަތަ އެ ލިމިޓް އުވާލައިފައިވާ މަގު. ނ. derestriction.

deride

ޑިރައިޑް. ކ. މަލާމާތުގެ ގޮތުން ހުނުން. ނުރުހުންތެރިކަން ދެއްކުން.

de rigueur

ޑިރިގާ. ނއ. އާދަތަކުގެ މަތިން ނުވަތަ އުޞޫލްތަކުގެ މަތިން ބޭނުންކުރަންޖެހޭ. މ. އޮފީހަށް ދާއިރު ޓައީ އާއި ފަޓުލޫނަކީ ޑިރިގާ އެވެ.

derision

ޑިރިޜަން. ނ. މަލާމާތް. ހިތްހަމަނުޖެހުން.

derisive

ޑިރައިސިވް. ނއ. މަލާމާތާއި ހިތްހަމަނުޖެހުން ހާމަކުރާ.

derisory

ޑިރައިސަރީ. ނއ. 1. މަލާމާތް ޙައްޤުވާ ފަދަ ކުޑަ. މ. މުސާރަ ބޮޑުވުމެއް. 2. ޑިރައިސަން ޙައްޤުވާ ފަދަ.

derivation

ޑެރިވޭޝަން. ނ. 1. ފެށުން. 2. އެހެން އެއްޗަކުން އައު އެއްޗެއް އުފައްދާ އުފެއްދުން.

derivative

ޑިރިވެޓިވް. ނއ. އެހެން މީހެއްގެ އުފެއްދުމަކުން ނަގާފައިވާ. އެހެން އެއްޗެއްގެ ނުފޫޒު ފޯރާފައިވާ. ނ. މިގޮތަށް އުފައްދާފައި ހުންނަ ތަކެތި. މ. ޅެން، ވާހަކަ، އިންޖީނު، ކެމިކަލް. ހިސާބުގައި ވަކި މިންވަރެއް އެހެން މިންވަރަކާ އަޅާ ބަލާއިރު ބަދަލުވާ ރޭޓު.

derive

ޑިރައިވް. ކ. 1. ވަސީލަތަކުން ލިބިގަތުން. އެހެން އެއްޗަކުން އުފެދިގެން އައުން. އެހެން އެއްޗަކުން ވުޖޫދުވެގެން އައުން. މ. އޭނާ މިޔުޒިކުން އުފާ ޑިރައިވްކުރެއެވެ. ބައެއް ދިވެހި ބަސް ޑިރައިވްކޮށްފައިވަނީ ސިންގަޅައިންނެވެ. 2. އެހެން އެއްޗަކުން ލިބިގަނެފައިވާކަން ސުބޫތުކުރުން.

dermatitis

ޑާރމަޓައިޓިސް. ނ. ހަންގަނޑު ދުޅަވުން. އެލާރޖީއެއްގެ ސަބަބުން ނުވަތަ އެހެން ސަބަބަކާ ހުރެ ކެހުމުން ފިތް ނެގުން.

dermatology

ޑާރމެޓޮލޮޖީ. ނ. ހަމުގެ ބަލިތަކާއި ބަލިތަކުގެ ފަރުވާ އާ ބެހޭ ޢިލްމު. ނ. dermatologist މި ދާއިރާގެ ޑޮކްޓަރެއް.

derogatory

ޑިރޮގެޓަރީ. ނއ. ކުށްދެއްކުމާއި ބޭއިޙްތިރާމްގެ ޚިޔާލާތެއް ނުވަތަ އެޓިޓިއުޑެއް ހާމަކުރާ. މ. ޑިރޮގެޓަރީ ބުނުމެއް.

derrick

ޑެރިކް. ނ. 1. ތަޅުމުގައި ހަރުކޮށްފައި ނުވަތަ އެހެންތަނެއްގައި ހަރުކޮށްފައި ހުންނަ އެނބުރޭ ފަރުމާނެއްލީ ކެރޭނެއް. ސޭލާއެއް. 2. ތެޔޮ ވަޅެއްގެ މެދުގައި، ބިން ތޮރުފުމަށް ބޭނުންވާ ސާމާނު ހަރުކޮށްފައި ހުންނަ ހަރު.

derris

ޑެރިސް. 1. ހޫނު ޤައުމުތަކުގައި ވެލެއްގެ ގޮތުގައި ހެދޭ ގަހެއް. 2. މި ގަހުގެ މޫ ފުޑައިގެން ހަދާ ހަސާރާ މަރާ ބޭހެއް.

derv

ޑާރވް. ނ. ބޮޑެތި އިންޖީނަށް އަޅާ ޑީސަލް ތެޔޮ. ކުރުކޮށް Diesel Engine Road Vehicle.

dervish

ޑާރވިޝް. ނ. ފަޤީރުކޮށް އުޅޭ މުސްލިމުންގެ ވަކި މަޒުހަބެއްގެ މީހެއް. ދަރުވޭޝީއެއް. ދަރުވޭސީއެއް.

descale

ޑިސްކޭލް. ކ. 1. އެއްޗެއްގައި، މ. ސައިކުރެއްގެ އެތެރޭގައި، ބޭނުންކުރުމުން ޖަހާފައިވާ ސްކޭލް ނުވަތަ ދަމިލަ ފަށަލައެއް ސާފުކުރުން. 2. ހުޅުނބު ނެގުން.

descant

ޑެސްކަންޓް. ނ. 1. މިޔުޒިކާއި ލަވަކިޔުމުގައި މައި މެލަޑީގެ މަތިން ކުޅޭ ނުވަތަ ކިޔާ މެލަޑީއެއް. 2. ވަކި މައުޟޫޢުއަކަށް ދައްކާ ވާހަކަ. —ކ. ދިގުކޮށް ކަމަކަށް ވާހަކަ ދެއްކުން.

descend

ޑިސެންޑް. ކ. 1. ފޭބުން. ތިރިއަށް އައުން. 2. ތިރިއަށް އޮންނަ ގޮތަށް ކަތިކުރުން. 3. ކުއްލިގޮތަކަށް ޒިޔާރަތްކުރުން ނުވަތަ ހަމަލާދިނުން. މ. ޢީދަށް އެތައް އާއިލާއެއް ރަށަށް ޑިސެންޑް ވިއެވެ. 4. ދަށްފެންވަރުގެ އަޚްލާޤީ ދިރިއުޅުމަކަށް ތިރިވުން. މ. މަކަރުހެދުމަށް ޑިސެންޑްވުން. 5. ވިރާސީ ގޮތުން އެއްޗެއް ލިބުން. މ. ލަޤަބު އޭނާގެ ދަރިފުޅަށް ޑިސެންޑް ވުން. be descended from މީހެއްގެ ދަރިފަސްކޮޅުން އައިސްފައިވާ.

descendant

ޑިސެންޑެންޓް. ޑިސެންޑަންޓް. ނ. ވަކި މީހެއްގެ ދަރިފަސްކޮޅުން އައިސްފައިވާ މީހެއް. މ. ރާނީގެ ޑިސެންޑެންޓުން.

descent

ޑިސެންޓް. ނ. 1. ތިރިއަށް ފައިބާ ފޭބުން. 2. ތިރިއަށް ފައިބާނޭ ގޮތެއް ނުވަތަ މަގެއް. 3. ތިރިއަށް އަރިވެފައިވާ ތަނެއް. 4. ކުއްލި ޙަމަލާއެއް ނުވަތަ އަރައިގަތުމެއް. މ. ހޮޅީން މާފަންނު ގޮނޑުދޮށަށް ޑިސެންޓްވުން. 5. ފެށުން. ދަރިފަސްކޮޅު. މ. ހުރާގައި ފަރަންސޭސި ޑިސެންޓްގެ މީހުން އުޅުނެވެ.

describe

ޑިސްކްރައިބް. ކ. 1. ލަފުޒު ބޭނުންކޮށްގެން ބުނުން. ސިފަކޮށްދިނުން. ބަޔާންކޮށްދިނުން. 2. އެއްޗެއްގެ އިން ފާހަގަކުރުން. ވަކި ބައްޓަމަކަށް މީވުން (މޫވްކުރުން).

description

ޑިސްކްރިޕްޝަން. ނ. 1. ސިފަކޮށްދިނުމެއް. ތަފްޞީލެއް. ޝަރަޙައެއް. 2. އެއްޗެއް ނުވަތަ ކަމެއް ނުވަތަ ތަސްވީރެއް ބަސް ބޭނުންކޮށްގެން ސިފަކޮށްދޭ ސިފަކޮށްދިނުމެއް. 3. ގިންތިއެއް ނުވަތަ ވައްތަރެއް. މ. އެއްވެސް ޑިސްކްރިޕްޝަން އެއްގެ ކާނާއެއް އެތަނަކު ނެތެވެ.

descriptive

ޑިސްކްރިޕްޓިވް. ނއ. ސިފަކޮށްދޭ.

desecrate

ޑެސިކްރޭޓް. ކ. މީހުން ޤަދަރުކުރާ މުޤައްދަސް އެއްޗަކާ މެދު ބޭއިޙްތިރާމާއެކު ޢަމަލުކުރުން. ނ. desecration. desecrator.

desert

ޑެޒާރޓް. ނ. ފެން ތަދު، ގިނަ ފަހަރު ގަސްނެތް ބިން. މިތަންތަނުގައި ގިނަ ފަހަރު ވެލި ހުރެއެވެ. ނއ. 1. އެއްޗެއް ނުހައްދައި ގަސްނެތް ދަނޑުބިން. 2. މީހުން ނޫޅޭ. މ. ޑެޒާރޓް ރަށެއް.

desert

ޑިޒާރޓް. ކ. 1. އަނބުރާ ނާންނަން ފުރުން ނުވަތަ ދޫކޮށްލާފައި ދިއުން. 2. ހުއްދަ ނެތި ސިފައިންގެ ތެރެއިން ހަނގުރާމައިގައި ފިލުން ނުވަތަ ތަން ދޫކޮށްލާފައި ދިއުން. ނ. deserter. ނ. desertion.

deserts

ޑިޒާރޓްސް. ނ. މީހަކަށް ޙައްޤުވެގެންވާ ކަންތައްތައް.

deserve

ޑިޒާރވް. ކ. އެއްޗެއްގެ ސިފަތަކުން ނުވަތަ މީހެއްގެ ޢަމަލުތަކުގެ ސަބަބުން ފާހަގަކުރުން ނުވަތަ އަދަބެއް ޙައްޤުވެގެންވާ. މ. ކުޅުންތެރިޔާއަށް ސާބަސް ޑިޒާރވް ވެއެވެ. ކއ. deservedly. އަދުލުވެރި. ކުރި ކަމަކާ ނުވަތަ ފެންވަރާ ގުޅޭ.

deserving

ޑިޒާރވިން. ނއ. ވަކި ގޮތަކަށް ކަންކުރުން ޙައްޤުވެގެންވާ. އެހީތެރިކަން ދިނުމާއި ފާހަގަކުރުން ޙައްޤު. މ. ޒަކާތަކީ ޑިޒާރވިން މީހުންނަށް ދޭންޖެހޭ އެއްޗެކެވެ.

desiccate

ޑެސިކޭޓް. ކ. އެއްޗެއްގައިވާ ތެތްކަން ނައްތައިލުން. ހިއްކުން. މ. ކާށި ޑެސިކޭޓް ކުރުން (ގިނަ ދުވަހު ހުންނާނޭ ގޮތަށް ހިއްކުން).

desideratum

ޑިޒިޑަރާޓަމް. ނ. (ގިނަ ނަމަ (desiderata މިހާރު ނެތް ނުވަތަ އުނި ނަމަވެސް ބޭނުންވާ ނުވަތަ އެދޭ ކަންކަން.

design

ޑިޒައިން. ނ. 1. އެއްޗެއް ހެދުމުން އޮންނާނޭ ގޮތް ދައްކާ ކުރެހުމެއް. ފަރުމާ. 2. އެފަދަ ކުރެހުންތައް ކުރެހުމުގެ ފަންނު. 3. އެއްޗެއްގެ ތަރުތީބު ނުވަތަ އެކުލެވިފައިވާ ގޮތް. ފަރުމާ. 4. ރީތި ގޮތަކަށް ރޮނގުތަކާއި ބައްޓަންތައް އަތުރާފައި ހުންނަ ގޮތް. 5. ފިކުރުގައިވާ ރޭވުން. ކަމެއް ކުރާނެ ގޮތެއް. މަޤްޞަދު. —ކ. 1. ފަރުމާކުރުން. އެއްޗެއް ހުންނާނޭ ގޮތުގެ ކުރެހުމެއް ކުރެހުން. 2. ރޭވުން އަމާޒުކުރުން. މ. ފޮތެއް ކުޑަކުދިންނަށް ޑިޒައިންކުރުން. —designer ނ. ޑިޒައިންކުރާ މީހާ. designedly ޤަޞްދުގައި. have designs on މިލްކުކުރުމަށް ރޭވުން.

designate

ޑެޒިގްނޭޓް. ނއ. ކަނޑައެޅިފައި ނަމަވެސް އަދި މަޤާމު ޙަވާލުނުކުރާ. މ. މިނިސްޓަރ ޑެޒިގްނޭޓް.

designate

ޑެޒިގްނޭޓް. ކ. 1. ފާހަގަކުރުން. ނޯޅޭގޮތަށް އިޝާރާތްކުރުން. ބަޔާންކުރުން. މ. ކޯރު ވީތަން ޑެޒިގްނޭޓްކުރުން. 2. މަޤާމަކަށް ކަނޑައެޅުން. މ. އޭނާ ވަލީއަހުދަކަށް ޑެޒިގްނޭޓް ކޮށްފިއެވެ. 3. ސިފަކުރުން. މަޤާމެއްގެ ނަން ދިނުން.

designation

ޑެޒިގްނޭޝަން. 1. ރަސްމީ ލަޤަބު. މަޤާމުގެ ނަން. 2. ވަކި މަޤާމަކަށް ހޮވާ ހޮވުން.

designing

ޑިޒައިނިން. ނއ. މަކަރުވެރި. ކަންކަން ސިއްރުން ރާވައިގެން ކުރާ.

desirable

ޑިޒަޔަރަބްލް. ނއ. 1. ޑިޒަޔަރ ނުވަތަ އެދުން އުފައްދާ. އެދެވޭ ވަރުގެ (ފެންވަރު ހުރި). މ. ޑިޒަޔަރަބްލް ގެއެއް. 2. ކުރަން ރަނގަޅު. މ. ކަލޭ ހާޒިރުވުން ޑިޒަޔަރަބްލް. ކއ. desirably. ނ. desirability.

desire

ޑިޒަޔަރ. ނ. 1. އެއްޗެއް ލިބުމުން ނުވަތަ ކަމެއް ވުމުން ހިތްހަމަޖެހުމާއި އަރާމު މީހަކަށް ލިބިދާނެކަމަށް ކުރެވޭ އިޙްސާސް. އެދުން. 2. ފާޅުކުރާ އެދުމެއް. 3. އެދުމެއްގެ އަމާޒު. 4. ޖިންސީ އެދުންވެރިކަން. —ކ. desire 1. އެއްޗަކަށް އެދުމެއް އޮތުން. 2. އެއްޗަކަށް އެދުން. leave much to be desired = ވަރަށް ބަރާބަރު ނޫން.

desirous

ޑިޒައިރަސް. ނއ. އެދުމެއްވާ. އެދުމެއް އޮތް. އެދުމަކާއެކު.

desist

ޑިޒިސްޓް. ކ. ކަމެއް ކުރުމުން އެއްކިބާވުން. މ. ވައްކަން ކުރުމުން ޑިޒިސްޓްވުމަށް އޭނާ ވަޢުދުވިއެވެ.

desk

ޑެސްކް. ނ. 1. ލިޔުމަށް ނުވަތަ ކިޔުމަށް ބޭނުންކުރާ (ގިނަ ފަހަރު ވަތްގަޑު ހުންނަ) މޭޒު. 2. ރިސަޕްޝަނިސްޓް އިން ތިބޭ ކޮށިގަނޑު. 3. ނޫސް ޗާޕުކުރާ އޮފީހެއްގެ ވަކި ކަމަކާ ގުޅޭ ސެކްޝަން.

desolate

ޑެސޮލޭޓް. ނއ. 1. އެކަނިވެރި. ވާނެގޮތެއް ވާން ދޫކޮށްލާފައިވާ. ވީރާނާ. 2. މީހުން ނޫޅޭ. އެއްވެސް އެއްޗެއް ނެތް، ސަހަރާފަދަ، ހިތާމަ ގެނުވާ. މ. މަންޒަރެއް. 3. އެކަނިވެރިވެ މޮޅިވެފައިވާ.

desolated BEGIN FROM HERE

ޑެސޮލޭޓިޑް. ނއ. އެކަނިވެރި، އެހެން މީހަކު ނެތް. ދިރުންނެތި ހުސްވެފައިވާ

desolation

ޑެސޮލެއިޝަން. ނ. 1. އެކަނި ވެފައިވާ ޙާލަތެއް. އެއްވެސް ގަހެއް ދިރުމެއް ނުވާ ކަން. ވީރާނާކަން. 2. އެކަނިވެރިކަން. 3. ހިތާމަ.

despair

ޑިސްޕިއަރ. ނ. 1. އުއްމީދު މުޅިން ގެއްލޭ ގެއްލުން. 2. މިކަން މެދުވެރިވާ ސަބަބު. —ކ. ހުރިހާ އުއްމީދެއް ގެއްލުން. މާޔޫސްވުން. ނާއުއްމީދުވުން.

desperado

ޑެސްޕަރާޑޯ. ނ. (ގިނަ ނަމަ desperadoes) މާޔޫސްވެގެން ކޮންމެ ގޮތެއް ވަރިހަމަ ކުށްވެރިއެއް ނުވަތަ އެހެންވެސް މީހެއް.

desperate

ޑެސްޕަރޭޓް. ނއ. 1. އުއްމީދުކުޑަވެފައިވާ. ގޮތް ހުސްވެފައިވާ. ވަރަށް ސީރިއަސް. މ. ޙާލަތު ވަރަށް ޑެސްޕަރޭޓް ވެއްޖެ. 2. އަވަސްކުރަން ޖެހުމުން ނުވަތަ ނާއުއްމީދުވުމުގެ ސަބަބުން އަޅާލުންތެރިކަން ކުޑަވެފައިވާ. މ. އެމީހުން ކާނާއަށް ޑެސްޕަރޭޓް ވެއްޖެ. 3. ގޮތް ހުސްވުމުން ކުރާ ކަމެއް ނުވަތަ ބޭނުންކުރާ ގޮތެއް. މ. ޑެސްޕަރޭޓް ފަރުވާއެއް. ކއ. desperately.

desperation

ޑެސްޕަރޭޝަން. ނ. 1. ނާއުއްމީދުކަން. މާޔޫސްކަން. 2. ގޮތްހުސްވުން. ހަތަރު އުދަރެސް ފެނުޖެހުން. މިހެންވުމުން އުފެދޭ ކޮންމެކަމެއް ވަރިހަމަވުން.

despicable

ޑެސްޕިކަބްލް. ނއ. ރުޅިއާއި ނަފްރަތު (ޑިސްޕައިސް ކުރުން) ޙައްޤު. ކއ. despicably.

despise

ޑިސްޕައިސް. ކ. ބޭނުމެއް ނެތް ދެރަވަރު ކަމަށް ދުށުން. ބޭއިޙްތިރާމް އިޙްސާސްވުން. މ. އޭނާ ނާސި އަންހެނުންނަށް ޑިސްޕައިސް ކުރެއެވެ.

despite

ޑިސްޕައިޓް. ޕރޕ. އެއިން އަސަރު ނުކޮށް. މ. great leader despite age ޢުމުރު މަތިވި ކަމުގައި ވިއަސް އޭނާއަކީ މޮޅު ލީޑަރެކެވެ.

despondent

ޑެސްޕޮންޑެންޓް. ނއ. މޮޅިވެ ރޫޙް ގެއްލިފައިވާ. މާޔޫސްވެ ނާއުއްމީދުވެފައިވާ. ކއ. despondently. ނ. despondency.

despot

ޑެސްޕޮޓް. ނ. (ގިނަ ފަހަރު އަނިޔާވެރިކޮށް ކަންކުރާ) ގިނަ ބާރުތަކެއް ލިބިފައިވާ ވެރިއެއް.

despotic

ޑިސްޕޮޓިކް. ނއ. ގިނަ ބާރުތަކެއް ވެރިއަކަށް ލިބިފައިވާ. ޑެސްޕޮޓްއެއްގެ ސިފަތައް ހުރި. ކއ. despotically.

despotism

ޑެސްޕޮޓިޒަމް. ނ. 1. އަނިޔާވެރި ސަރުކާރުގެ ވެރިކަމެއް. 2. މިފަދަ ވެރިކަމެއް ހިނގާ ގައުމެއް.

dessert

ޑިޒާރޓް. ނ. 1. ކެއުމެއްގައި ހުންނަ ފޮނި ތަކެތި. 2. ރޭގަނޑުގެ ކެއުމެއް ނިމޭއިރު ކައިއުޅޭ މޭވާ އާއި މަދާއި މިފަދަ ތަކެތި. dessert spoon މިފަދަ ތަކެތި ކައިއުޅޭ މެދު ސައިޒުގެ ސަމުސާ.

destination

ޑެސްޓިނޭޝަން. ނ. މީހަކު ނުވަތަ އެއްޗެއް ދަތުރުކޮށްދާ އަމާޒު. މަންޒިލް. މަޤްޞަދު.

destine

ޑެސްޓިން. ކ. 1. މުސްތަޤްބަލް ވަކި ގޮތަކަށް ހަމަޖެއްސުން، ނުވަތަ ރޭވުން. ވަކި ކަމަކަށް (ބޭނުމަކަށް) މީހަކު ކުރިން ކަނޑައެޅުން. މ. ރައީސަކަށް ވުމަށް އޭނާ ޑެސްޓިން ވެފައި ވެއެވެ = އެއީ އޭނާގެ ޑެސްޓިނީ އެވެ.

destiny

ޑެސްޓިނީ. ނ. 1. ބާރެއްގެ ގޮތުގައި ނަޞީބު. 2. މީހަކަށް ކުރިން ވާނެކަމަށް ކަނޑައަޅާފައިވާ ގޮތް. މަޞީރު. ތަޤްދީރު.

destitute

ޑެސްޓިޓިއުޓް. ނއ. 1. އެއްވެސް ފައިސާއެއް އަތުގައި ނެތުން. އުޅެވޭނޭ ގޮތެއް ނެތުން. 2. އެއްޗެއް މަދުވެގެން ވުން. އެ ފިނޮޅު ގަހުން ޑެސްޓިޓިއުޓް ވެފައި ވެއެވެ.

destitution

ޑެސްޓިޓިއުޝަން. ނ. އަތުގައި އެއްވެސް އެއްޗެއް ނެތި ފަގީރުވެގެންވާ ޙާލަތް. ވަރަށް ބޮޑު ފަގީރުކަން.

destroy

ޑިސްޓްރޯއި. ކ. 1. އެއްޗެއް (ވުޖޫދުވެގެންވުން) ހަލާކުކޮށްލައިގެން ނިމުމަކަށް ގެނައުން. ގެއްލުންދިނުމުގެ ސަބަބުން ބޭނުން ނުކުރެވޭވަރުކުރުން. 2. ބަލި ނުވަތަ ބޭނުންނުވާ ޖަނަވާރެއް މަރާލުން. 3. ނެތިގެން ދިއުން، ނައްތާލުން. މ. މޫސުން ދަތުރުދާން ކުރި އުއްމީދު ޑިސްޓްރޯއި ކޮށްފިއެވެ.

destroyer

ޑިސްޓްރޯޔަރ. ނ. 1. ހަލާކުކުރާ މީހެއް ނުވަތަ އެއްޗެއް. 2. އެހެން މަނަވަރު ރައްކާތެރިކުރާ ބާރަށް ދުވާ މަނަވަރެއް.

destructible

ޑިސްޓްރަކްޓިބްލް. ނއ. ހަލާކުކޮށްލެވޭ. މ. ކޮންކްރީޓް އަކީ ޑިސްޓްރަކްޓިބްލް އެއްޗެއް. ނ. destructibility.

destruction

ޑިސްޓްރަކްޝަން. ނ. 1. ހަލާކުކޮށްލާ ހަލާކުކޮށްލުން. ސުންނާފަތިކޮށްލާ ކޮށްލުން. 2. މިކަމުގެ ސަބަބު. މ. ރާބުއިމަކީ އޭނާގެ ޑިސްޓްރަކްޝަން އެވެ.

destructive

ޑިސްޓްރަކްޓިވް. ނއ. 1. ހަލާކުކުރާ. ގެއްލުންދޭ. 2. ތަކެތި އާދައިން ހަލާކު ކުރާ (މ. ކުޑަކުއްޖެއް). 2. ކަމަކަށް އެހީތެރިނުވާ، ނައްސި. މ. ޑިސްޓްރަކްޓިވް ކޮމަންޓް، ޚިޔާލު.

desuetude

ޑިސްޔޫޓިއުޑް. ޑެސްވިޓޫޑް. ނ. ބޭނުން ނުކުރާ ޙާލަތެއް. މ. ބަނދަރު ޑެސްޔޫޓިއުޑް އަށް ދިއުން. އާދަކާދައެއް ޓެސްޔޫޓިއުޑް އަށް ދިއުން.

desultory

ޑެސަލްޓްރީ. ނއ. 1. ރޭވުމެއް، މަޤްޞަދެއް، ޝައުޤެއް ނެތި އެއްތަނުން އަނެއް ތަނަށް ދިއުން. 2. ވާހަކަ ދެއްކުމުގައި އެއް މައުޟޫޢު އިން އަނެއް މައުޟޫޢުއަށް ރޭވުމެއް ނެތި ދިއުން. 3. ހަމައެއް ނެތި، މަދުމަދުން އައުން ނުވަތަ ފެނުން. މ. ފުރާ ބޯޓަކަށް އެރުމަށް ޑެސަލްޓަރީ ފަސިންޖަރުން އައުން. ކއ. desultorily. ނ. desultoriness.

detach

ޑިޓޭޗް. ކ. 1. އެއްޗެއް އެހެން އެއްޗަކުން ވަކިކޮށް ނެގުން. ވަކިކޮށްލުން. މ. ބޮތްކެއް ފާރުން ޑިޓެޗްކުރުން. 2. ޖަމާޢަތަކުން މީހަކު ވަކިވެގަތުން.

detachable

ޑިޓެޗަބްލް. ނއ. ވަކި ކޮށްލެވޭ. ޑިޓެޗް ކުރެވޭ.

detached

ޑިޓެޗްޑް. ނއ. 1. އެހެން އެއްޗަކާ ގުޅިފައި ނުވާ. ވަކިވެފައިވާ. މ. ގެއެއް. 2. ފިކުރާއި ޚިޔާލު ވަކި ފަރާތަކަށް ޖެހިފައިނުވާ (ތަޢައްޞުބުންނާއި ޝުޢޫރުން ވަކިވެފައިވާ).

detachment

ޑިޓެޗްމަންޓް. ނ. 1. ވަކިވާ ވަކިވުން. ވަކިވެފައިވާ ކަމުގެ ޙާލަތް. 2. ޝުޢޫރުތަކާއި ތަޢައްޞުބުން ދުރުވެފައިވުން. ބީރައްޓެހިކަން. އަޅައިލުންތެރިކަން ނެތްކަން. 2. ބޮޑު ޖަމާޢަތަކުން ވަކިވެފައިވާ މަދު ބައެއްގެ ގުރޫޕެއް ނުވަތަ ބޮޑު އަރުމާޒަކުން ވަކިވެފައިވާ މަދު އުޅަނދުތަކެއް. މިފަދަ ގުރޫޕަކާ ޙަވާލުކުރެވެނީ ކޮންމެ ވެސް ޚާއްޞަ މަސައްކަތެކެވެ.

detail

ޑިޓެއިލް. ނ. 1. ކުޑަ ބައެއް. ވަކި ކަމެއް. ބޮޑަށް ފާހަގަ ނުވާ ކަމެއް ނުވަތަ ސިފަތައް. ބައެއްގެ ނުވަތަ އެއްޗެއްގެ ޚާއްޞަކަންކަން. ތަފްޞީލް. 2. މިފަދަ އެއްޗެއްގެ ތަފްޞީލުތައް. މ. އެ ބަޔާން ފުރިފައިވަނީ އެކަމުގެ ޑިޓެއިލް އިންނެވެ. 3. ތަސްވީރެއް ނުވަތަ ޢިމާރާތެއް ޒީނަތްތެރިކުރުމުގެ ގޮތުން ހިމަނާފައިވާ ތަފްޞީލް. 4. ޚާއްޞަކަމަކަށް ޢައްޔަނުކޮށްފައިވާ ސިފައިންގެ ޖަމާޢަތެއް. މ. ސެކިޔުރިޓީ ޑިޓެއިލް. —ކ. 1. ފުރިހަމައަށް ސިފަކުރުން. ޚާއްޞަ ކުދިކުދި ކަންކަން ބުނުން. 2. ޚާއްޞަ މަސައްކަތެއް ޙަވާލުކުރުން. go into details = ތަފްޞީލާއެކު ކިޔައިދިނުން. in detail އެއްޗެއް ނުވަތަ ކަމެއް ހުރިހާ ތަފްޞީލާއެކު ކިޔައިދިނުން.

detailed

ޑިޓެއިލްޑް. ނއ. ގިނަ ތަފްޞީލުތަކެއް ހާމަކުރާ ނުވަތަ ދައްކައިދޭ.

detain

ޑިޓެއިން. ކ. 1. ގައިދުކުރުން. ބަންދުކުރުން. ހިފެހެއްޓުން. 2. ލަސްކުރުވުން. މަޑުކުރުވުން. ކުރިއަށް ދިޔަ ނުދިނުން.

detainee

ޑިޓޭނީ. ނ. ސަރުކާރުގެ ފަރާތުން ބަންދުކޮށްފައިވާ މީހެއް. ޑިޓެއިންކޮށްފައިވާ މީހެއް. ގައިދީއެއް.

detect

ޑިޓެކްޓް. ކ. 1. އެއްޗެއް ވާކަން (ވުޖޫދުވެގެންވާކަން) ދެނެގަތުން. 2. ސިއްރެއް ހޯދުން، ސިގްނަލެއް ހޯދުން. ކުށްކުރި މީހަކު ދެނެގަތުން.

detection

ޑިޓެކްޝަން. ނ. 1. ދެނެގަތުމުގެ ޢަމަލު. 2. ޑިޓެކްޓިވް އެއްގެ މަސައްކަތް.

detective

ޑިޓެކްޓިވް. ނ. ކުށްކުރީމާ އެކަން ތަޙްޤީޤްކޮށް ބަލާ މީހާ، ޚާއްޞަކޮށް ފުލުހުންގެ ތެރެއިން މިކަން ކުރަން ހުންނަ މީހާ. detective story ކުށް ކުރީމާ އެކަން ތަޙްޤީޤްކޮށް ކުށްވެރިން ދެނެގަތުމުގެ މައްޗަށް ލިޔެފައި ހުންނަ ވާހަކަ.

detector

ޑިޓެކްޓަރ. ނ. އެއްޗެއް ހުރިކަން ނުވަތަ ވާކަން ދެނެގަތުމަށް ބޭނުންކުރާ އާލަތެއް. މ. ދުން ހުރިތޯ ބެލުމަށް ބޭނުންކުރާ ސްމޯކް ޑިޓެކްޓަރ.

detent

ޑިޓެންޓް. ނ. މެޝިނެއް ހިންގައިގަތުމަށް ނައްޓާލަންޖެހޭ ފާލެއް.

détente

ޑޭޓާންޓް. މ. ޤައުމުތަކުގެ މެދުގައި އޮންނަ ދެކޮޅުވެރިކަމަށް އަންނަ ލުއި.

detention

ޑިޓެންޝަން. ނ. 1. ހިފެހެއްޓިފައިވުން ނުވަތަ ބަންދުގައިވާވުން. 2. މީހެއްގެ ބެލުމުގެ ދަށުގައި ހިފެހެއްޓުން މ. ޖަލުގައި. 3. އަދަބެއްގެ ގޮތުން މަދަރުސާ ނިމުމުން ގެއަށް ނުފޮނުވާ ދަރިވަރުން މަޑުކުރުވުން. detention centre އެކި ސަބަބުތަކާ ހުރެ ހިފަހައްޓާ ނުވަތަ ބަންދުކުރާ މީހުން ތިބޭތަން.

deter

ޑިޓާ. ކ. (deterred, deterring) ކުރިމަތިވެދާނޭ ނަތީޖާއަށް ބިރުން، ނުވަތަ ނުރުހޭތީ ކަމެއް ކުރާހިތް ނުވުން ނުވަތަ ވިޔަ ނުދިނުން. ނ. determent.

detergent

ޑިޓާޖަންޓް. ނ. ސާފުކުރުމަށް ބޭނުންކުރާ ދިޔައެއް ފަދަ އެއްޗެއް. ޚާއްޞަކޮށް ސައިބޯނި ނޫން އެހެން ދިޔައެއް. ނއ. ސާފުކުރުމަށް ބޭނުންކުރެވޭނޭ. ސައިބޯނީގެ އަސަރު ހުންނަ.

deteriorate

ޑިޓީރިއަރޭޓް. ކ. ކުރިއަށް ވުރެ ގޯސްވުން، ނުބައިވުން. ނ. deterioration.

determinable

ޑިޓަރމިނަބްލް. ނއ. ގޮތެއް ހަމަޖެއްސޭ. ހިސާބުކުރެވޭ. މ. ބިމުން ފެނުނު މަހާނަގަލުގެ ތާރީޚް ޑިޓަރމިނަބްލް އެއް ނޫނެވެ.

determinant

ޑިޓަރމިނަންޓް. ނ. ވަކިގޮތެއް ނިންމުމަށް އެހީތެރިވާ ބަހާ ނުވަތަ ނުފޫޒު.

determinate

ޑިޓަރމިނޭޓް. ނއ. ހުދޫދެއް، ހައްދެން، އިމެއް ނުވަތަ ބާވަތް ކަނޑައެޅިފައިވާ.

determination

ޑިޓަރމިނޭޝަން. ނ. 1. ޢަޒުމް. ކަނޑައެޅިގޮތުގެ ނުވަތަ މަޤްޞަދުގެ ހަރުދަނާކަން. 2. ގޮތެއް ކަނޑައެޅުމަށް، ހިސާބެއް ކުރުމަށް ނުވަތަ ޑިޓަރމައިންކުރުމަށް ކުރާ މަސައްކަތް.

determine

ޑިޓަރމިން. ކ. 1. ބަރާބަރަށް ހިސާބުކުރުން ނުވަތަ ހޯދުން. މ. ފާރެއްގެ އުސްމިން ޑިޓަރމައިން ކުރުން. ބަލީގެ ސަބަބު ޑިޓަރމައިންކުރުން. 2. ގޮތެއް ނިންމުން. މ. ކުރާނޭ ކަމެއް ޑިޓަރމައިންކުރުން. 3. ކަމެއްގެ މުހިއްމު ބަހާކަމުގައިވުން ނުވަތަ މުހިއްމު ނުފޫޒު ކަމުގައިވުން. ކަމެއްގެ މައްޗަށް ބިނާވުން. މ. މީހެއްގެ މުސާރަ ޑިޓަރމައިންކުރަނީ އޭނާގެ ހުނަރެވެ. 4. ޔަޤީންކަމާއެކު، ޢަޒުމާއެކު ކަނޑައެޅުން. މ. ޅައުމުރުގައި ޑޮކްޓަރަކަށް ވާން އޭނާ ޑިޓަރމައިންކުރިއެވެ.

determined

ޑިޓަރމިންޑް. ނއ. ޑިޓަރމިނޭޝަން ހާމަކުރާ. ހަރުދަނާކަމާއި ސާބިތުކަންހުރި. determinedly.

deterrent

ޑިޓަރަންޓް. ނއ. ކަމެއް ކުރުމަށް ހުރަސް އަޅާ. ވެދާނެ ނުވަތަ ކޮށްފާނެ ކަމަކާ ހެދި، ކަމެއް ކުރުމަށް ޖެހިލުންކުރުވާ.

detest

ޑިޓެސްޓް. ކ. ކަމެއް ދެކެ ނުވަތަ މީހަކު ދެކެ ވަރަށް ބޮޑަށް ރުޅިއެރުން. ވަރަށް ބޮޑަށް ނަފްރަތު ކުރުން. ނ. detestation.

detestable

ޑިޓެސްޓަބްލް. ނއ. ވަރަށް ބޮޑަށް ރުޅިއަރާ. ނަފްރަތު ކުރެވޭ. ކއ. detestably.

dethrone

ޑިތްރޯން. ކ. ތަޚުތުން ބޭލުން. ވެރިކަމުން ނުވަތަ އިސްކަމުން ދުރުކުރުން. ނ. dethronement.

detonate

ޑެޓޮނޭޓް. ކ. ގޮއްވާލުން ނުވަތަ ގޮއްވާލާގޮތް ހެދުން. މ. ބޮމެއް. ނ. detonation.

detonator

ޑެޓޮނޭޓަރ. ނ. ބަޑިބޭސް ނުވަތަ އެހެންވެސް ގޮވާތަކެތި ގޮއްވުމަށް ބޭނުންކުރާ ކުޑަ ޚާއްޞަ ގޮވާ އެއްޗެއް.

detour

ޑީޓުއަރ. ނ. ދާން ޤަޞްދުކުރާ މިސްރާބުން ވަކިވެ ދާ ދިއުމެއް. ތަނަކަށް ދިއުމަށް އެހެންނާ ނުދާ ގޮތަކަށް ދާ ދިއުމެއް.

detract

ޑިޓްރެކްޓް. ކ. 1. ކަމެއްގެ އަގު ނުވަތަ ފެންވަރު ނުވަތަ މުހިއްމުކަން ކުޑަކުރުން. މ. ލޮނު ނުލުމަކުން މީގެ މީރުކަން ޑިޓްރެކްޓެއް ނުވެއެވެ. 2. ކަމަކަށް ދެވޭ ސަމާލުކަން ކުޑަކުރުން ނުވަތަ އަނބުރާލުން. މ. ބޮން ގޮއްވީ އިންތިޚާބާ ބެހޭ ގޮތުން ދެކެވޭ ވާހަކަ ޑިޓްރެކްޓް ކުރުމަށެވެ. ނ. detraction.

detractor

ޑިޓްރެކްޓަރ. ނ. 1. ޑިޓްރެކްޓް ކުރާ މީހެއް ނުވަތަ އެއްޗެއް. 2. ކަމެއްގެ ކުށް ދެއްކުމަށް، އަގުވައްޓާލުމަށް ނުވަތަ ޤަދަރުކުޑަކުރުމަށް ވާހަކަދައްކާ މީހެއް. މ. އެ މަޝްރޫޢުގެ ޑިޓްރެކްޓަރ އިން ތިބެއެވެ.

detriment

ޑެޓްރިމަންޓް. ނ. ގެއްލުން. މ. ގިނަގިނައިން އިމްތިޙާނު ދިނުމަކީ ކިޔެވުމަށް ޑެޓްރިމަންޓް ހުރިކަމެވެ.

detrimental

ޑެޓްރިމަންޓަލް. ނއ. ގެއްލުންދޭ. މ. ދުން ބުޔުމަކީ ޞިއްޙަތަށް ޑެޓްރިމަންޓަލް ކަމެކެވެ. ކއ. detrimentally.

detritus

ޑިޓްރައިޓަސް. ނ. ތަނެއް ހަލާކުވުމުން ނުވަތަ ތަޅާލުމުން ހުންނަ ބައިތައް. ބޭނުންނުވާ ކުޑި.

de trop

ޑެ ޓްރޯ. ނއ. ބޭނުން ނުވާ. މަރުޙަބާކިޔުމެއް ނެތް. ހުރަހަކަށްވާ. މ. ޕާޓީއެއްގައި މީހަކު ޑެޓްރޯ ވުން.

deuce

ޑިއުސް. ނ. 1. ޓެނިސްކުޅޭއިރު 40 ދެފަރާތަށް ވުން. 2. ކުޅެން ގެންގުޅޭ ހަކިބަ ޑައިސްއެއްގައި ނަމަ 2.

deuce

ޑިއުސް. ނ. ހައިރާންވެގެން ނުވަތަ ރުޅިއައިސްގެން ބުނާ ބަހެއް. ސައިތާނު.

deuterium

ޑިއުޓީރިއަމް. ނ. ހައިޑްރަޖަން ގޭހުގެ ބަރު ބާވަތެއް.

Deutschmark

ޑޮއިޗްމާރކް. ނ. ޖަރުމަނުގައި ބޭނުންކޮށް އުޅުނު ފައިސާ.

deutzia

ޑިއުޓްޒިއާ. ނ. ބަގީޗާގައި ހައްދާ ހުދު ނުވަތަ ފިޔާތޮށި މައު އަޅާގަހެއް.

devalue

ޑިވެލިއު. ކ. 1. ފައިސާގެ އަގު ތިރިކުރުން (އެހެން ޤައުމުތަކުގެ ފައިސާއަށް ނުވަތަ ރަނަށް ނިސްބަތްކޮށް(. 2. އެއްޗެއްގެ ނުވަތަ ކަމެއްގެ އަގު ދަށްކުރުން ނުވަތަ ދަށްކަމަށް ދުށުން. މ. ކާމިޔާބީއެއް ޑިވެލިއުކުރުން. ނ. devaluation.

devastate

ޑެވަސްޓެއިޓް. ކ. ވަރަށް ބޮޑު ގެއްލުން ދިނުން. ސުންނާފަތި ކުރުން. ނ. devastation.

devastating

ޑެވަސްޓޭޓިންގ. ނއ. 1. ސުންނާފަތިކުރާ. 2. އެކަމަކުން މުޅި ޙާލަތް ބަދަލުވެދާފަދަ ސީރިއަސް ނުވަތަ ބޮޑު. މ. ޑެވަސްޓޭޓިން ބައްޔެއް ޖެހުން.

develop

ޑިވެލޮޕް. ކ. (developing, developed) 1. އެއްޗެއް ބޮޑުވުން، ފުރިހަމަވުން. ކުރިއަށްވުރެ ރޭވުންތެރިކަން އިތުރުވުން ނުވަތަ ފައްކާވުން. ތަރައްޤީކުރުން. 2. އެއްޗެއް ވުޖޫދުވެގެން މަޑުމަޑުން އައުން. މ. ތޫފާނެއް ޑިވެލޮޕްވުން. 3. އުފެދޭން ފެށުން، ނިޝާންތައް ފެންނަން ފެށުން. މ. ނުބައި އާދަތަކެއް ނުވަތަ ބައްޔެއް. 4. ބިމުން އެހެން ބޭނުމެއް ކުރަން ފެށުން. ބިމެއްގައި އިމާރާތްތައްކޮށް އާބާދުކުރަން ފެށުން. 5. ފޮޓޯނަގާ ނެގެޓިވް ނުވަތަ ކަރުދާހުން ފޮޓޯ ފެންނަގޮތް ހެދުން. developing country އިޤްތިޞާދާއި އިޖްތިމާޢީ ދިރިއުޅުން ރަނގަޅުވާން ފަށައިފައިވާ ފަޤީރު ޤައުމެއް.

developer

ޑިވެލޮޕަރ. ނ. 1. ޑިވެލޮޕް ކުރާ މީހެއް. 2. ބިމެއް ޑިވެލޮޕްކުރާ މީހެއް ނުވަތަ ކުންފުންޏެއް. 3. ފިލްމު ފަދަ ތަކެތި ޑިވެލޮޕްކުރާ ކެމިކަލް.

development

ޑިވެލޮޕްމަންޓް. ނ. 1. ޑިވެލޮޕްވަމުން އަންނަ އައުން. ތަރައްޤީ. 2. މިގޮތް ވަމުންދާ އެއްޗެއް. މ. ޚާރިޖީ ކަންކަމުގައި އެންމެ ފަހުގެ ޑިވެލޮޕްމަންޓް. development area އައު ވިޔަފާރިތައް ފަށައި ޞަނާޢަތްތައް ފެށުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސަރަޙައްދެއް.

deviant

ޑީވިއަންޓް. ނއ. ޢާއްމު ނުވަތަ މީހުން ބަލައިގަންނަ މަގުން ކަސިޔާރުވެފައިވާ. މަގުފުރެދިފައިވާ. —ނ. އުޅުމުން ނުވަތަ އީމާނުން ގިނަ މީހުން ޤަބޫލުކުރާ ހަމަތަކުން މަގުފުރެދިފައިވާ މީހާ.

deviate

ޑީވިއޭޓް. ކ. 1. ފުރެދުން. ދާންޖެހޭ މިސްރާބުން ނުވަތަ މަގުން ކަސިޔާރުވުން. 2. ޢާއްމު ހަމަތަކާ ތަފާތުވުން. ނ. deviation.

deviationist

ޑީވިއޭޝަނިސްޓް. ނ. ކޮމިޔުނިސްޓް ހަމަތަކާ ޚިލާފުވާ މީހެއް. ގިނަ މީހުން ގެންގުޅޭ އުސޫލުތަކާ ޚިލާފުވާ މީހެއް.

device

ޑިވައިސް. ނ. 1. ވަކި ކަމަކަށް ބޭނުންކުރާ އާލަތެއް ނުވަތަ އީޖާދެއް. މ. ދަޅުކަނޑަން ގެންގުޅޭ ޑިވައިސް އެއް. 2. މަޤްޞަދެއް ޙާޞިލްކުރުމަށް ބޭނުންކުރާ ރޭވުމެއް ނުވަތަ މަޝްރޫޢުއެއް. ޒީނަތުގެ ގޮތުގައި ބޭނުންކުރާ މެޑެއްޔެއް ފަދަ ފަރުމާއެއް. leave a person to his own devices އެހީތެރިކަމެއް އިރުޝާދެއް ނުދީ މީހަކު އެމީހަކު އެދޭގޮތަށް ކަންތައްތައް ކުރުމަށް ދޫކޮށްލުން.

devil

ޑެވްލް. ޑެވިލް. ނ. 1. ބައެއް ދީންތަކުގައި ކަލާނގެއާ އިދިކޮޅު އެއްޗެއް. ޝައިޠާން. 2. ނުބައި ރޫޙެއް. ދެއްވެއް. 3. ނުބައި، ނުލަފާ، އަނިޔާވެރި ނުވަތަ ރުޅިއަންނަ މީހެއް. 4. ޙަރަކާތްތެރި ހުޝިޔާރު މީހެއް. 5. ނުރަސްމީ ބަހުރުވައިން މަތަކުރަން ދަތި މީހެއް ނުވަތަ އެއްޗެއް. 6. ނުރަސްމީ ބަހުރުވައިން މީހެއް. 7. ހައިރާންވެގެން ނުވަތަ ރުޅިއައިސްގެން ޖުމުލަތަކަށް އިތުރުކުރާ ލަފުޒެއް. މ. where the devil is it?. —ކ. devil (devilled, devilling) 1. ކުޅިކޮށް ކެއްކުން. މ. ޑެވިލްޑް ކުކުޅު. 2. ލިޔުންތެރިއަކަށް ނުވަތަ ދިރާސާކުރާ މީހަކަށް ދިރާސާކުރުމުގައި ނުވަތަ އެހެންވެސް ގޮތަކަށް އެހީތެރިވުން. ނއ. devilish. devil-may-care މަޖާ. ފަރުވާތެރިކަން ކުޑަ. devil’s advocate އިދިކޮޅަށް ވާހަކަ ދައްކައިގެން ނަޒަރިއްޔާތެއް ތަޙްޤީޤްކުރާ މީހެއް. like the devil ވަރަށް ޖޯޝާއި ފޯރިއާ އެކު. play the devil with ބޮޑު ގެއްލުމެއް ދިނުން. the devil to play އުނދަގޫތައް ކުރިމަތިވާނެކަމަށް ބެލެވޭ.

devilment

ޑެވްލްމަންޓް. ނ. މަޖަލަށް ކުރާ ގޯސްކަންތައްތައް.

devilry

ޑެވްލްރީ. ނ. މަޖަލަށް ކުރާ ގޯސްކަންތައްތައް. ނުބައި ނުލަފާ ކަން. ސިހުރު.

devious

ޑީވިއަސް. ނއ. 1. ގުދުކޮށް. ސީދާ ނޫން. މ. ސީދަލަށް ދިއުމުގެ ބަދަލުގައި ކަތިގޮތަކަށް ދިއުން. 2. މަކަރުވެރި. ތެދުވެރިނޫން. ހީލަތްތެރި މ. ކަމެއް ކުރުމުގައި ބޭނުންކުރާ އުކުޅުތައް. ކއ. deviously. ނ. deviousness.

devise

ޑިވައިޒް. ކ. ރޭވުން. ވިސްނައިގަތުން. އީޖާދުކުރުން.

devoid

ޑިވޮއިޑް. ނއ. އެއްޗެއް އުނިވެފައިވާ. އެއްޗެއް ނުހިމެނޭ. މ. އެއްވެސް މޮޅުކަމަކުން ޑިވޮއިޑް ވެފައިވާ ކުރެހުމެއް. ޖަޒުބާތުން ޑިވޮއިޑް އަޑެއް.

devolution

ޑީވޮލިއުޝަން. ނ. 1. މުދައު ވާރުތަވާ ފަރާތްތަކަށް ދޫކޮށްލާ ދޫކޮށްލުން. 2. މަރުކަޒީކޮށް ގެންގުޅުނު ބާރުތަކެއް، ދަށް ފެންވަރުގެ ބައިތަކަށްދޭ ދިނުން. މ. އަތޮޅުވެރިންގެ ބައެއް ބާރުތައް ކަތީބުންނަށް ދޭ ދިނުން.

devolve

ޑިވޯލްވް. ކ. 1. ބާރުތައް ދަށު ފެންވަރުގެ ފަރާތްތަކަށް ދޫކުރުން. 2. އެހެން ޙާލަތަކަށް (ގިނަ ފަހަރު ނޭދެވޭ ދަށް ފެންވަރުގެ ޙާލަތަކަށް) ބަދަލުވުން. 3. އެހެން މީހަކަށް މަސްއޫލިއްޔަތުތަކެއް ދިނުން.

Devon, Devonshire

ޑެވޮން. ޑެވޮންޝަޔަރ. ނ. އިނގިރޭސިވިލާތުގެ ވަކި ސަރަޙައްދެއް.

devote

ޑިވޮއުޓް. ކ. މީހެއްގެ ވަގުތާއި ވަސީލަތްތައް ކަމަކަށް ދިނުން ނުވަތަ ޚާއްޞަކުރުން. މ. އަހުރެން ބޭނުމީ އާއިލާއަށް ގިނަ ވަގުތު ޑިވޮއުޓްކުރާށެވެ. ނއ. devoted ޑިވޯޝަން ހާމަކުރާ. ވަރަށް ލޯބިވެގެން އުޅޭ. ކަމަކަށް ވަރަށް ވަފާތެރި އެކަމަށް ވަގުތު ހޭދަކުރާ. ކއ. devotedly.

devotee

ޑެވައުޓީ. ޑިވޮއުޓީ. ނ. ވަކިކަމަކަށް ވަގުތާއި ވަސީލަތްތައް ހޭދަކުރާ. ކަމަކަށް ޝައުޤުހުންނަ. މ. ފުޓުބޯޅައިގެ ޑެވައުޓީ އެއް.

devotion

ޑިވޮއުޝަން. ނ. 1. މަތިވެރި ލޯބި، ވަފާތެރިކަން ނުވަތަ ޝައުޤުވެރިކަން. ޖޯޝު. 2. ދީނީގޮތުން ކުރާ އަޅުކަން. devotions އަޅުކަންތައް.

devotional

ޑިވޮއުޝަނަލް. ނއ. ދީނީ އަޅުކަމުގައި ބޭނުންކުރާ. މ. ނަޞާރާއިން ބޭނުންކުރާ ޑިވޮއުޝަނަލް ލަވަ.

devour

ޑިވައު. ކ. 1. ބަނޑުފައިގަނެގެން ހުންނަ ގޮތަށް، ދަހިކަމާއެކު ކެއުން. 2. ބޮޑަށް ހަލާކުވެގެން ނެތިގެން ދިއުން. މ. އަލިފާންގަނޑު ގެތައް ޑިވައު ކޮށްފިއެވެ. 3. ފެނިގެން ނުވަތަ އިވިގެން އެއްޗެއް ދަހިކަމާއެކު ލިބިގަތުން. މ. އެ މަޖާ ވާހަކަ އެކުދިން ޑިވައު ކޮށްފިއެވެ. 4. ސަމާލުކަން އެއްޗަކަށް ލިބިގެން ދިއުން. މ. ވީގޮތެއް ބެލުމަށް ހުންނަ ޖޯޝް އެމީހުން ޑިވައުކޮށްފިއެވެ.

devout

ޑިވައުޓް. ނއ. 1. ވަރަށް ބޮޑަށް ދީންވެރި. 2. ކަމަކަށް ފިކުރާއި ވަގުތު ހުސްކޮށްފައިވާ. މ. އޭނާއަކީ ޑިވައުޓް ސަޕޯޓަރެކެވެ. ކއ. devoutly. ނ. devoutness.

dew

ޑިއު. ނ. 1. ވައިގައި ހުންނަ ތެތްކަން ފަތްތަކުގައި ނުވަތަ އެހެން ވެސް އެއްޗެއްގައި ޖެހިގެން ރޭގަނޑު އުފެދިފައި ހުންނަ ކުދި ފެންތިކި. ޝަބްނަމް. 2. ސަޠަޙައެއްގައި ހުންނަ ކުދި ފެންތިކި.

dew-claw

ޑިއު-ކްލޯ. ނ. ކުއްތާގެ މުއްގަނޑުގައި ބިމުގައި ނުޖެހޭ ގޮތަށް ހުންނަ ވަތްކެއް.

dewdrop

ޑިއުޑްރޮޕް. ނ. ޝަބްނަމް ތިއްކެއް. ޑިއު ގެ ތިއްކެއް.

Dewey system

ޖޫއި (ޑިއޫއީ) ސިސްޓަމް. ނ. ކުތުބުޚާނާ ތަކުގައި ފޮތްތައް ގިންތިކުރަން ބޭނުންކުރާ ދަހަމަލަ ނިޒާމެއް.

dewlap

ޑިއުލެޕް. ނ. ބައެއް ޖަނަވާރުތަކުގެ (މ. ގެރީގެ) ކަރުން ފައިބައިފައި ހުންނަ ތުނި ހަންކޮޅެއް.

dewy

ޑިއުވީ. ނއ. ޝަމްނަމް ތިކިން ތެތްވެފައި. dewy-eyed ނއ. މައުޞޫމްކަމާ އެކު މީހުންނަށް އިތުބާރުކުރާ. ކުރީގެ ހަނދާންތައް ދިރުވާ، ޖަޒުބާތީ. ޢާޠިފީ.

dexter

ޑެކްސްޓަރ. ނ. އަޔަރލޭންޑްގައި ގެންގުޅޭ ކުދި ގެރީގެ ބާވަތެއް.

dexterity

ޑެކްސްޓެރިޓީ. ނ. އަތުން ތަކެތި ގެންގުޅުމުގައި ހުންނަ ހުނަރުވެރިކަން.

dexterous

ޑެކްސްޓްރަސް. ނއ. އަތުން ތަކެތި ގެންގުޅުމުގައި ހުނަރުވެރި. ކއ. dexterously.

dhoti

ޑޯޓި. ނ. ހިންދީންގެ ފިރިހެނުން ފޫގަޅަން ގެންގުޅޭ ފޮތިކޮޅު. މީގެ މުންޑުފާޑުގެ ފޭލި.

diabetes

ޑައި(އަ)ބެޓީޒް. ނ. ހަށިގަނޑުން ހަކުރު ރަނގަޅަށް ބޭނުންނުކުރުމުން ޖެހޭ ބައްޔެއް. ހަކުރުބަލި.

diabetic

ޑައި(އަ)ބެޓިކް. ނއ. ޑައިއަބެޓީޒް އާ ގުޅޭ ނުވަތަ މި ބައްޔަށް ނިސްބަތްވާ. —ނ. މި ބަލި ޖެހިފައިވާ މީހެއް.

diabolic

ޑައި(އަ)ބޮލިކް. ނއ. ސައިތާނަށް ނިސްބަތްވާ. ވަރަށް ގޯސް.

diabolical

ޑައި(އަ)ބޮލިކަލް. ނއ. 1. ސައިތާނެއް ފަދަ. ވަރަށް އަނިޔާވެރި. 2. ވަރަށް މަކަރުވެރި. ސައިތާނީ. ކއ. diabolically.

diabolism

ޑައި(އަ)ބޮލިޒަމް. ނ. ސައިތާނަށް ކުރާ އަޅުކަން.

diadem

ޑައި(އަ)ޑަމް. ނ. ވެރިކަމުގެ ނިޝާނެއްގެ ގޮތުން ބޮލުގައި އަޅާ ބަންދެން ނުވަތަ ތާޖެއް.

diaeresis

ޑައިއެރެސިސް. ނ. (ގިނަ ނަމަ diaereses) އިނގިރޭސި ބައެއް ލަފުޒު ލިޔާއިރު ލީން ބައެއް އަކުރުތަކުގެ މަތީގައި ޖަހާ ދެ ތިކި. މިއިން އަންގައިދެނީ ކުރީ އަކުރާ ވަކިން މި އަކުރު ކިޔަން ޖެހޭ ކަމެވެ. މ. coöperate. މި ދެތިކިން އެކި ބަސް ލިޔާއިރު ތަފާތު ބޭނުންތައް ކުރެއެވެ.

diagnose

ޑައި(އަ)ގްނޯޒް. ކ. ބަލީގެ އަލާމަތްތަކުން ބަލި ދެނެގަތުން.

diagnosis

ޑައި(އަ)ގްނޯސިސް. ނ. (ގިނަ ނަމަ diagnoses) ބަލީގެ އަސަރުތަކާއި އަލާމަތްތަކުން ބަލިފާހަގަކޮށް ބުނާބުނުން.

diagnostic

ޑައި(އަ)ގްނޮސްޓިކް. ނއ. ބައްޔެއް ދެނެގަތުމާ ގުޅޭ ނުވަތަ މި ކަމަށް ނިސްބަތްވާ.

diagonal

ޑައި(އަ)ގޮނަލް. ނ. ކަތިކޮށް. އެއްކަނުން އެކަނުގެ ކުރިމަތީގައިވާ އަނެއް ކަނަށް. —ނ. މިގޮތަށް ދަމާ ތެދު ރޮނގު. ނއ. diagonally.

diagram

ޑައި(އަ)ގްރާމް. ނ. އެއްޗެއް މަސައްކަތް ކުރާގޮތް ދައްކައިދޭ ކުރެހުމެއް. އެއްޗެއްގެ ބައިތަކެއްގެ ކުރެހުމެއް. ހޫލަ.

diagrammatic

ޑައި(އަ)ގްރެމެޓިކް. ނއ. ޑައިއަގްރާމް އެއްގެ ގޮތުގައި. ކއ. diagrammatically.

dial

ޑައި(އަ)ލް. ނ. 1. ގަޑިއެއްގެ މޫނުމަތި. 2. މި ބާވަތަށް ހަދައި، ދައުރުކުރާ ކައްޓެއްލައިގެން އެކި މިންވަރު ދައްކައިދޭ ބުރެއް. 3. ރޭޑިއޯ ނުވަތަ ޓީވީގެ މޫނުމަތީގައި އެ ޓިއުންކޮށްފައިވާ ސްޓޭޝަން ދައްކަން ހުންނަ ފިލާގަނޑެއް. 4. އިހުގެ ފޯނުތަކުގައި ވަށްކޮށް އެކި ނަންބަރު ޖަހާފައި ހުންނަ އެނބުރޭ ބުރެއް. 5. ނުރަސްމީ ބަހުރުވައިން މީހެއްގެ މޫނު. —ކ. dial (dialled, dialling) ޑައިއަލް (ޑަޔަލް) އެއް ބޭނުންކޮށްގެން ވަކި މިންވަރަކަށް ޖެއްސުން. 2. ޑަޔަލް އެއް އަނބުރައިގެން ނުވަތަ އެހެން ގޮތަކަށް ނަމަވެސް ވަކި ނަންބަރަކަށް ފޯނުކުރުން.

dialect

ޑައި(އަ)ލެކްޓް. ޢާއްމުކޮށް ވާހަކަ ދައްކާ ގޮތާ ތަފާތު ގޮތަށް ލަފުޒު ބޭނުންކުރާ އަދި އައު ލަފުޒު ހިމެނޭ ވަކި ސަރަޙައްދެއްގައި ވާހަކަ ދައްކާ ބަހުރުވަ. ބަހުރުވަ. ލަހުޖާ.

dialectic

ޑައި(އަ)ލެކްޓިކް. ނ. ބުއްދީގެ ހަމައިން ފަލްސަފާގެ ބުނުންތައް ނުވަތަ ހުށަހެޅުންތައް ތަޙްޤީޤްކުރާ ޢިލްމު.

dialogue

ޑައިއަލޮގް. ނ. 1. ދެކެވޭ ވާހަކައެއް ނުވަތަ މަޝްވަރާއެއް. 2. ތަމުސީލެއް ނުވަތަ ވާހަކައެއްގައި މީހުން ދައްކާ ވާހަކަ. ދެމެދު ދެކެވޭ ވާހަކަ.

dialysis

ޑައިއަލިސިސް. ނ. ދުއްޔެއްގެ ތެރެއިން ލޭ ފޮނުވައިގެން ލޭ ސާފުކުރާ ސާފުކުރުން.

diamante

ޑީއަމާންޓޭ. ނއ. ވިދުން ހުރި ބިއްލޫރި ނުވަތަ އެފަދަ އެތިކޮޅުތަކަކުން ޖަރީކޮށްފައިވާ.

diameter

ޑައި(އަ)މީޓަރ. ނ. 1. ވަށްބުރެއްގެ ނުވަތަ ވަށް އެއްޗެއްގެ މެދުން ދެ ފަރާތަށް ދަމާ ރޮނގު. ދިގު ހުރަސް. 2. މީގެ ދިގުމިން.

diametrical

ޑައި(އަ)މެޓްރިކަލް. ނއ. ޑައިމީޓަރުގެ ނުވަތަ އެއަށް ނިސްބަތްވާ. އެއްޗެއްގެ ނުވަތަ ކަމެއްގެ ދިމާ އިދިކޮޅު. ކއ. diametrically.

diamond

ޑައި(އަ)މަންޑް. ނ. 1. ވަރަށް ހަރު ނޫރާނީ ޖަވާހިރެއް. އަލިމަސް. ހީރާ. 2. ހަތަރު އަރި ހުންނަ ކަންތައް ވަޑިފަތިނޫން ބައްޓަމެއް. 3. މި ސިފަޔަށް ހުންނަ އެއްޗެއް. 4. ތާސްބައިގެ ރުމާ ރަނގަ. —ނއ. އަލިމަހުން ހަދައިފައިވާ ނުވަތަ އަލިމަސް ޖަހައިފައިވާ. diamond wedding ކައިވެންޏެއްގެ 60 ނުވަތަ 75 ވަނަ އަހަރީ ދުވަސް.

diaper

ޑައި(އަ)ޕަރ. ނ. ކުޑަކުދިންގެ ދެ ދޮރު ނިވާވާގޮތަށް ޖަހާ ފޮތިގަނޑެއް.

diaphanous

ޑައި(އަ)ފެނަސް. ނއ. (ފޮއްޗާމެދު) ތުނި، އެއްފަރާތުން އަނެއް ފަރާތް ފެންނަހާ ނާޒުކު.

diaphragm

ޑައި(އަ)ފްރާމް. ނ. 1. މެއާއި މޭގެ ތިރިއާ ދެމެދުވާ ތުނި މަސް ފަށަލައެއް. ނޭވާލަނީ މި މަސްފޮތި ތިރިއަށް އަދި މައްޗަށް ޖައްސައިގެންނެވެ. 2. މައިކްރޮފޯން ފަދަ ތަކެތީގައި ހުންނަ އަޑުޖެހުމުން ތުރުތުރު އަޅާ ތުނި ދުއްޔެއް. 3. ކެމެރާއެއްގެ ލެންސުން ވަންނަ އަލި ކޮންޓްރޯލްކުރާ ތުނި ކަރުދާސް ފަދަ އެތިކޮޅުތަކެއް. 4. ބަލިވެ ނުއިނުމަށް އެހީއަކަށް ރަހިމުގެ އަނގަމަތީ އަޅާ މަތިގަނޑެއް.

diarist

ޑައިއަރިސްޓް. ނ. ޑައިރީއެއްގައި ތަކެތި ލިޔާ މީހެއް.

diarrhoea

ޑައި(އަ)ރިއާ. ނ. އަވަސްއަވަހަށް ދިޔާކޮށް ބޮޑުކަމު ދެވުމުގެ ބަލި. ބޭރަށް ހިންގުން.

diary

ޑައިރީ. ނ. 1. ދުވަހީ ކަންކަމާއި ޚިޔާލުތައް ލިޔާ ފޮތެއް. 2. މިކަމަށް ހުންނަ ފޮތް ނުވަތަ އެޕޮއިންޓްމަންޓްތައް ލިޔާ ފޮތް.

diathermy

ޑަޔަތާރމީ. ނ. ފްރީކްއެންސީ މަތި ކަރަންޓުން ހޫނު އުފައްދައި އެ ބޭނުންކޮށްގެން ކުރާ ބޭސްފަރުވާގެ ބާވަތެއް.

diatonic

ޑަޔަޓޮނިކް. ނ. މިޔުޒިކްގައި ހަމައެކަނި މޭޖަރ އަދި މައިނަރ ޓޯން ބޭނުންކުރާ. (ކްރޮމެޓިކް ސްކޭލް ބޭނުން ނުކުރާ).

diatribe

ޑަޔަޓްރައިބް. ނ. އަރައިރުން ވުމެއް. ހަޅޭއްލެވުމެއް ނުވަތަ އެއްޗެތިގޮވުމެއް.

dibber

ޑިބަރ. ނ. އޮށް އިންދުމަށް ބިމުގައި ލޯވަޅު އަޅާ ދަގަނޑު އުލެއްލީ ދަނޑިބުރެއް.

dice

ޑައިސް. ނ. 1. [ގިނަ ނަމަވެސް ހަމަ މި ލަފުޒު.] ހަކިބަ އެތިކޮޅެއްގައި 1 އިން 6 އަށް ތިކި ތަކެއް އަރިއެއްގައި ޖަހައިގެން ކުޅިވަރުގައި ބޭނުންކުރާ އެއްޗެއް. 2. މި ބޭނުންކޮށްގެން ކުޅޭ ކުޅިވަރެއް. —ކ. dice 1. މި އެތި ބޭނުންކޮށްގެން ޖުވާކުޅުން. 2. ވަރަށް ނުރައްކާތެރި ކަންތައް ކުރުން. މ. dicing with death. 3. ޑައިސް ހުންނަގޮތަށް ނުވަތަ އެއަށް ވުރެ ކުދިކޮށް ހަކިބައަށް ކޮށުން (މ. އަލުވި ޑައިސްކުރުން.). ވިނަން. no dice އެމެރިކާގެ ބަހުރުވައިގައި ނާކާމިޔާބު.

dicey

ޑައިސީ. ނއ. ނުރަސްމީ ބަހުރުވައިން، ނުރައްކަލެއް ގެއްލުމެއް ކުރިމަތިވެދާނެ. އިތުބާރު ނުކުރެވޭ.

dichotomy

ޑައިކޮޓޮމީ. ނ. ދެބާވަތަކަށް، ދެ ގިންތިއަކަށް ބަހާ ބެހުން.

dick

ޑިކް. ނ. 1. ޑިޓެކްޓިވް. 2. ނުރަސްމީ ބަހުރުވައިން ޒަކަރު.

dickens

ޑިކިންޒް. ނ. ނުރަސްމީ ބަހުރުވައިން، ކުއްލިއަކަށް (ސިއްސައިގެން ގޮސް) ނުރުހުންވެގެން ނުވަތަ ހައިރާންވެގެން ބުނާ ލަފުޒެއް. މާނައަކީ ސައިތާނު. މ. where the dickens is it?

dicker

ޑިކަރ. ކ. ނުރަސްމީ ބަހުރުވައިން އަގު ކުޑަކުރުމަށް ވާހަކަ ދެއްކުން. ދަމާކެނޑުން.

dicky

ޑިކީ. ނުރަސްމީ ބަހުރުވައިން ގަމީހުގެ ކުރިމަތި ފަރާތް. ކާރެއްގެ ފަހަތުގައިވާ ތަކެތިލާ ވަތް.

dicky

ޑިކީ. ނއ. ނުރަސްމީ ބަހުރުވައިން ހަރުދަނާކަމެއް ނެތް. ވެއްޓިދާނެ ނުވަތަ ރޫޅިދާނެ.

Dictaphone

ޑިކްޓާފޯން. އަޑު ރެކޯޑުކޮށްގެން އެ ފަހުން އަޑުއަހަން ގެންގުޅޭ މެޝިނެއް.

dictate

ޑިކްޓޭޓް. ކ. 1. މެޝިނަކުން ރެކޯޑުކުރުމަށް ނުވަތަ އަތުން ލިޔުމަށް ލަފުޒުތަކެއް ބާރަށް ކިޔުން. 2. އަމުރުވެރިކަމާއެކު ބުނުން. މ. މުވައްޒަފުންނަށް އަޚްލާޤު ހުންނަންވީގޮތް ޑިކްޓޭޓްކުރުން. 3. ފޮނިކަމާއެކު އަމުރުކުރުން. ނ. dictation.

dictates

ޑިކްޓޭޓްސް. އަމުރުވެރިކަމާއެކު ދޭ އޯޑަރުތައް. މ. the dictates of conscience ޒަމީރުން އަންގާ އެންގުންތައް.

dictator

ޑިކްޓޭޓަރ. ނ. 1. ހުރިހާ އަމުރެއް ބާރެއް ލިބިގެންވާ ވެރިއެއް. މިފަދަ ވެރިން ގިނަ ފަހަރު ވެރިކަން ހޯދަނީ ގަދަ ބާރުންނެވެ. 2. އެކި ޙާލަތްތަކުގައި، އަމުރުވެރިކަމާއެކު ބަސްބުނާ ފަރާތް. 3. އެހެންމީހުން ކޮންޓްރޯލްކުރަން އުޅޭ އަމުރުވެރި މީހެއް. ނ. dictatorship.

dictatorial

ޑިކްޓެޓޯރިއަލް. ނއ. 1. ޑިކްޓޭޓަރ އަކާ ވައްތަރު. އެ ސިފަ ހުރި. 2. ބާރުދައްކާ. ކއ. dictatorially.

diction

ޑިކްޝަން. ނ. ވާހަކަ ދެއްކުމުގައި ނުވަތަ ލިޔުމުގައި ބޭނުންކުރާ ލަފުޒުތައް (އޭގެ ފޭޑި).

dictionary

ޑިކްޝަނަރީ. ނ. ބަހެއްގެ ލަފުޒުތައް ތަރުތީބުން ލިސްޓްކޮށް އޭގެ މާނަ ލިޔެފައިވާ ފޮތެއް. އެކި ބޭނުންތަކަށް ތަރުތީބުން ލަފުޒުތަކެއް ނުވަތަ ޢިބާރާތްތަކެއް ލިޔެފައިވާ ލިސްޓެއް.

dictum

ޑިކްޓަމް. ނ. (ގިނަ ނަމަ dicta) 1. ރަސްމީގޮތުން ފާޅުކުރާ ޚިޔާލެއް. 2. ބުނާ ބުނުމެއް.

did

ޑިޑް. ކ. do ބަލާ!

didactic

ޑައިޑެކްޓިކް. ނއ. 1. އިރުޝާދު ދޭ. 2. ދަރިވަރުންތަކަކަށް އިރުޝާދުދިނުމުގެ ސިފަހުރި. ކއ. didactically.

diddle

ޑިޑްލް. ކ. ނުރަސްމީ ބަހުރުވައިން މަކަރުހެދުން. އޮޅުވައިލައިގެން އެއްޗެއް ހޯދުން.

didn’t

ޑިޑްންޓް. ކުރުކޮށް did not.

die

ޑައި. ކ. (died, dying) 1. ދިރުން ނެތުން. ފުރާނަ ދިއުން. 2. ވުޖޫދުވެގެން ނުވުން. the laugh died on his lips ހިނިގަނޑު އޭނާގެ ތުންފަތުގައި މަރުވެއްޖެއެވެ = ކުއްލިއަކަށް ހިނިގަނޑު ގޮއްސިއެވެ. 3. މަސައްކަތް ކުރުން ހުއްޓުން. މ. އިންޖީނު ޑައި ވެއްޖެއެވެ. 4. (އަލިފާން ހުޅާ މެދު) ނިވުން. 5. ވަރަށް ބޮޑަށް ވަރުބަލިވުން. މ. ހިނިއައިސްގެން މަރުވުން. 6. ވަރަށް ޖަޒުބާތާއެކު ކަމަކަށް އިންތިޒާރުކުރުން. މ. dying to drink. die away ބަލިވެގެން ފަނޑުވެގެން ގެއްލިގެން ދިއުން. މ. އަޑެއް. die back (ގަސްތަކާ މެދު) ކުރިން ފެށިގެން މަރުވާން ފެށުން. die down އަޑު މަޑުވުން، ދެކޮޅުވެރިކަމެއް ހަމާލާތަކެއް ހުއްޓުމަކަށް އައުން. die-hard (އެކަތަ ތައްގަނޑު ހާ ހަރު) ބަދަލުވާން ބޭނުންނުވާ މީހާ. ކުރީގެ ހަމަތަކާއި އުޞޫލުތަކާއި ސިޔާސަތުތަކަށް ފައިވިއްދާފައި ހުންނަ މީހާ. die out (އާދަކާދަ ފަދަ ކަންކަން) އުވިގެން ދިއުން. އާއިލާތައް ޑައި އައުޓްވުން = ދަރިފަސްކޮޅު ނެތުން. never say die ކެރުމާއި ޖޯޝް ހިފެހެއްޓުން. ދެރަވިކަން ޤަބޫލުނުކުރުން.

die

ޑައި. ނ. ހަކިބަ ޑައިސްއެއް. the die is cast ފިޔަވަޅު ވަނީ އަޅާފައެވެ. ދެން އޭގެ ނަތީޖާއާ ޖެހޭނީ ކުރިމަތިލާށެވެ. straight as a die ވަރަށް ތެދުވެރި. ސީދާ. އެންގާނި.

die

ޑައި. ނ. މެޑެއްޔާއި ލާރީގައި ބިންވަޅު ނަގައި ކުރެހުމަށް އެ ފިއްތާ ހަރު ތައްގަނޑު. އެއްޗެއް ވަކި ބައްޓަމަކަށް ކަނޑައި ސިފަ ގެންނަ ތައްގަނޑު. die-cast ނއ. އެއްޗެތި އުފެއްދުމުގައި މަޢުދަން ވިރުވައި ތައްގަނޑަކަށް އަޅައިގެން އުފައްދާ. die-stamping މައްޗަށް އުފުލިފައި ހުންނަ ކުރެހުމެއް ނުވަތަ ފަރުމާއެއް އުފެދޭގޮތަށް ތައްގަނޑަކުން އޮބައިގެން ތަކެތި ހަދާ ހެދުން.

diesel

ޑީޒަލް. ނ. 1. ޑީސަލް އިންޖީނެއް. ޑީސަލް ތެލުން ދުވާ އުޅަނދެއް. 2. ޑީސަލް އިންޖީނަކަށް އަޅާ ތެޔޮ. diesel-electric ޑީސަލް އިންޖީނަކުން ކަރަންޓު އުފައްދައިގެން ހިންގާ. diesel engine ވައި ފިއްތައި ހޫނުކޮށްގެން ޑީސަލް ތެޔޮ ގޮއްވުމުން ހިނގާ އިންޖީނު.

diet

ޑައިއެޓް. ނ. 1. މީހަކު ނުވަތަ ޖަނަވާރެއް ނުވަތަ ރަށެއްގެ މީހުން ޢާއްމުކޮށް ކައިއުޅޭ ކާނާ. 2. މީހަކު ކެއުމުގައި ބޭނުން ކުރަން ކަނޑައެޅިފައިވާ ތަކެތި (އެ ނޫން ތަކެތި ޞިއްޙީ ނުވަތަ އެހެންވެސް ޙާލަތަކާއިގެން މަނާ ކުރެވިފައި). — ކ. (dieted, dieting) 1. ހިކެން ވެގެން ނުވަތަ އެހެންވެސް ސަބަބަކާ ހުރެ، މީހަކު ކައި އުޅެންކަނޑައެޅިފައިވާ ކާނާ. 2. މީހަކު ވަކި ކާނާތަކެއް ހަމައެކަނި ބޭނުންކުރާގޮތަށް ހަމަޖެއްސުން. —dieter.

diet

ޑައިއެޓް. ނ. ސިޔާސީ މީހުންގެ ބައްދަލުވުމެއް. ބައެއް ޤައުމުތަކުގެ ރައްޔިތުންގެ މަޖިލިހަށް ކިޔާނަމެއް. މ. ޖަޕާން.

dietary

ޑައި(އި)ޓަރީ. ނއ. ވަކި ޑައިއެޓް އަކަށް ނިސްބަތްވާ. މ. ހިންދީގެ ޑައިއިޓަރީ ހަމަތައް dietetic

ޑައިއިޓެޓިކް. ނއ. ޑައިއެޓް ނުވަތަ ކެއުމާ ބެހޭ. —ނ. ޑައިއިޓެކްޓިކްސް (dietetics) ޑައިއެޓް އަދި ކާނާ އާ ބެހޭ ޢިލްމު.

dietitian

ޑައިއިޓިޝަން. ނ. ޑައިއިޓެކްޓިކްސް ގެ މާހިރެއް.

differ

ޑިފަރ. ކއ. 1. ތަފާތުވުން. އެހެން އެއްޗަކާ އެއްގޮތް ނުވުން. 2. ޚިޔާލުގައި އެއްގޮތް ނުވުން. ދެބަސްވުން.

difference

ޑިފްރަންސް. ނ. 1. ތަފާތުވާ ތަފާތުވުން. ފަރަގު. ވެނަސަ. 2. ތަފާތުވާ ގޮތްތައް ނުވަތަ އޭގެ މިންވަރު. 3. ދެ އެއްޗެއްގެ ފަރަގު. ޢަދަދަކުން އެހެން ޢަދަދެއް ކެނޑީމާ ނުކުންނަ ބާކީ. 4. ދެ ޚިޔާލެއްގެ ތަފާތު. ވާ އަރައިރުމެއް. to make all the difference ވަރަށް މުހިއްމު ތަފާތެއް ގެނައުން.

different

ޑިފްރަންޓް. ނއ. 1. އެހެން އެއްޗަކާ އެއްގޮތް ނޫން. މ. ބަރުދަނުން، ފެންވަރުން ނުވަތަ ވައްތަރުން ފަދަ ސިފައަކުން ތަފާތު. 2. ނުރަސްމީ ބަހުރުވައިން އައު. އާދަޔާ ޚިލާފު. މ. ޑިފްރަންޓް ކެއުމެއް ކެއުން. 3. އެކި. އެއްގޮތް ނޫން. މ. ޑިފްރަންޓް މީހުންނާ އެކު އުޅުން. ޑިފްރަންޓް ދެ ޙާލަތުގައި. ކއ. differently.

differential

ޑިފަރަންޝަލް. ނއ. ތަފާތަކަށް ނިސްބަތްވާ. ތަފާތަކަށް ބަރޯސާވާ. ތަފާތެއް ދައްކާ. —ނ. 1. އެއް ބާވަތެއްގެ ދެ އެއްޗެއްގެ ދެމެދުގައިވާ ތަފާތު. އޭގެ މިންވަރު. މ. ހަނޑުލުގެ އަގުގެ ޑިފަރަންޝަލް. 2. އެއް ދަގަނޑަކުން އަނބުރާ އެހެން ދެ ދަގަނޑު ނުވަތަ ނާރެސް، ތަފާތު ބާރުމިނުގައި އެނބުރޭގޮތަށް ހަދާފައި ހުންނަ ސޯބުގެ ނިޒާމު. 3. މަތީ ފެންވަރުގެ ހިސާބުގައި، ވަކި ގޮތަކަށް ޢަދަދުތަކެއް ގުނަކޮށްގެން ނެރޭ ޢަދަދު ނުވަތަ މިޢަދަދުތަކުގެ ޖުމުލަ.

differentiate

ޑިފަރަންޝިއޭޓް. ކ. 1. އެއްޗެއް ތަފާތުވާ ގޮތް ދެނެގަތުން. 2. އުފެދުމުގައި ނުވަތަ ބޮޑުވުމުގައި ފަރަޤުވަމުން ދިއުން. ތަފާތުވުން. 3. ތަފާތުކުރުން. ތަފާތުކަން ދެނެގަތުން. މ. ކުންފުންޏަކުން ފިރިހެނުންނާއި އަންހެނުންގެ މުސާރަ ޑިފަރަންޝިއޭޓްކުރުން. ނ. differentiation.

difficult

ޑިފިކަލްޓް. ނއ. 1. ފަސޭހަ ނޫން. ގިނަ މަސައްކަތާއި ހުނަރު ބޭނުންވާ. 2. މައްސަލަ ބޮޑު. ތަދު. މ. ޑިފިކަލްޓް ދުވަސްވަރެއް. 3. ރުއްސަން ދަތި. ހިތްހަމަ ޖައްސަން ދަތި. މ. ޑިފިކަލްޓް ވެރިއެއް.

difficulty

ޑިފިކަލްޓީ. ނ. 1. ދައްޗެއް. އުނދަގުލެއް. 2. އުނދަގޫ، ދަތި ކަމެއް. ކަމެއް ކުރުމަށް ހުންނަ ހުރަސް. 3. ދަތި ޙާލަތެއް ނުވަތަ ކަމެއް. އުނދަގޫ. financial difficulties ފައިސާ ނެތުން. make difficulties ކަމެއް ކުރުމަށް ހުރަސް އެޅުން. ކުރިއަށް ދިއުމަށް ދަތިކުރުން. with difficulty އުނދަގުލާ އެކު. ފަސޭހަކަމާ ނުލައި.

diffident

ޑިފިޑަންޓް. ނއ. އަމިއްލަ ނަފުސަށް އިތުބާރު ނެތް. ކަންކަންކުރަން ނުވަތަ ވާހަކަ ދައްކަން ޖެހިލުންވެފައިވާ. ނ. ކއ. diffidently. ނ. diffidence.

diffraction

ޑިފްރެކްޝަން. ނ. ހުދު އަލި، އޭގައި ހިމެނޭ ކުލަތަކަށް ބެހިގެންދާގޮތް. ނުވަތަ އެކި ބޭންޑްތަކަށް ބެހިގެންދާގޮތް. ރިފެރިވުން.

diffuse

ޑިފިއުސް. ނއ. 1. ފެތުރުން. އެއް ދިމާއަށް ނުވަތަ އެއްކޮށް ގަނޑުވެފައި ނުވަތަ ގިނަވެފައި ނެތުން. މ. diffuse light. 2. ލަފުޒު ގިނަވެފައި ސީދަލަށް ބުނެފައި ނުވާ. މ. ލިޔުމުގެ ފާޑެއްގެ ގޮތުގައި. ކއ. diffusely. ނ. diffusiveness.

diffuse

ޑިފިޔުޒް. ނކ. 1. އެއްޗެއް އެހެން އެއްޗެއްގެ ތެރޭގައި ފުޅާކޮށް ފަތުރާލުން. މ. ހޫނު، އަލި. ޢިލްމު [ބައެއްގެ ތެރޭގައި.] 2. ދިޔައެއް ނުވަތަ ހަރު އެއްޗެއް މަޑުމަޑުން އެކައްޗަކަށް ވާގޮތަށް އެއްކުރުން، އެކައްޗަށް ހެދުން. ނ. diffusion ޑިފިޔުޜަން. diffuser. diffused lighting ދަޅަ ނުހުންނަ ގޮތަށް ފެތުރިފައި ހުންނަ އަލި.

dig

ޑިގް. ކ. (dug, digging) 1. ބިންގަނޑު އެއްޗަކުން ބައިބަޔަށް ނަގައި އެއްފަރާތްކުރުން. ކޮނުން. މިގޮތުގެ މަތިން ވަޅެއް [ލޯވަޅެއް] ހެދުން. މ. އުވަވަޅެއް ޑިގްކުރުން. 2. ބިންކޮނެގެން ހޯދުން ނުވަތަ ނެގުން. މ. އަލުވި. ފިޔާ. 3. ކުރީގެ މީހުން އުޅުނު ގޮތް ހޯދަން ވެގެން ތަނެއް ކޮނުން. 4. (ފުރަތަމަ ފަހަރަށް) ހޯދުން. މ. މަޢުލޫމާތު ޑިގްކުރުން. 5. ކޮއްޕުން. މ. ވަޅިއެއް މީހެއްގެ ގަޔަށް ޑިގްކުރުން. 6. ކޮއްޓުން. މ. އިނގިލިން އޭނާގެ މޭކަށިގަނޑު ޑިގްކުރުން. 7. އުފައު ލިބިގަތުން. މ. އެމީހުންނެއް އެބާވަތުގެ މިޔުޒިކެއް ޑިގް އެއް ނުކުރެއެވެ. —ނ. dig. 1. ކޮނުމެއް. 2. ކުރީގައި މީހުން އުޅުނުގޮތް ދެނެގަތުމަށް ކޮންނަ ކޮނުމެއް. 3. މީހަކާ ދިމާލަށް ބުނާ އަސަރުކުރުވަނިވި ޢިބާރާތެއް. މ. އެއީ އަހުރެންނަށް އަމާޒުކޮށް ބުނި ޑިގް އެކެވެ. dig in/into ބިމުގެ ވެލިގަނޑާ އެއްޗެއް އެއްކުރުން. dig oneself in މީހަކު ރައްކާތެރިވުމުގެ ގޮތުން ޚަންދަޤެއް ކޮންނަ ކޮނުން. ރައްކާތެރިވުން. dig one’s heels/toes ޚިޔާލު ނުވަތަ ގޮތް ބަދަލުކުރަން ބޭނުން ނުވުން. ގަދަ ދެއްކުން.

digest

ޑައިޖެސްޓް. ކ. 1. ކާތަކެތި ބަނޑުގައި ދިޔައަކަށް ބަދަލުކުރުން. މީގެ ބެނުމަކީ އެ ތަކެތި ހަށިގަނޑުގެ ބޭނުންތަކަށް އެތެރެއަށް އުރަނަވާގޮތް ހެދުމެވެ. ދަމައިގަތުމެވެ. މ. ކަފައަކީ އިންސާނުންނަށް ޑައިޖެސްޓް ކުރެވޭ އެއްޗެއް ނޫނެވެ. 2. ބޮޑަށް ކަމަކާ ވިސްނައި އެކަން ސިކުނޑީގެ ތެރެއަށް ވެއްދުން. މ. މަޢުލޫމާތު ޑައިޖެސްޓް ކުރުން.

digest

ޑައިޖެސްޓް. ނ. 1. ލިޔުމެއްގެ ނުވަތަ ވާހަކައެއްގެ ރަނގަޅު ޚުލާޞާއެއް. 2. ދިގު މަޒުމޫނުތަކާއި ލިޔުންތައް ޚުލާޞާކޮށްގެން ލިޔެފައި ހުންނަ މަޖައްލާއެއް.

digestible

ޑައިޖެސްޓިބްލް. ނއ. ހަޖަމުކުރެވޭ. އޮޅުފިލާ. ނ. digestibility.

digestion

ޑައިޖެސްޗަން. ނ. 1. ހަޖަމުކުރުމުގެ ޙަރަކާތް ނުވަތަ ޢަމަލު. 2. ކާތަކެތި ހަޖަމުކުރުމުގެ ބާރު.

digestive

ޑައިޖެސްޓިވް. ނ. 1. ހަޖަމުކުރުމަށް އެހީތެރިވެދޭ. 2. ހަޖަމުކުރުމާ ބެހޭ. —ނ. ހަޖަމުކުރުމަށް އެހީތެރިވާ ބިސްކޯދެއް. digestive biscuit. މި ބާވަތުގެ ބިސްކޯދު ހަދައިފައި ހުންނަނީ ގޮދަނުގެ ތޮއްޓާއެއްކޮށް މުގުރާފައި ހުންނަ ފުށުގައެވެ.

digger

ޑިގަރ. ނ. 1. ކޮންނަ މީހާ. 2. ކޮންނަން ބޭނުންކުރާ މެޝިނެއް.

digit

ޑިޖިޓް. ނ. 1. ހިސާބުގެ ޢަދުދުތައް 0 އިން ފެށިގެން 9 އާ ހަމައަށް. 2. ފައިގެ ނުވަތަ އަތުގެ އިނގިލިތައް.

digital

ޑިޖިޓަލް. ނއ. ހިސާބުގެ ވިޔަ އަކުރުތަކަށް ނިސްބަތްވާ. digital clock ނަންބަރުތަކުން ވީއިރު އަންގައިދޭ (ކަށިނެތް) ގަޑިއެއް. digital computer ހިސާބުގެ އަދަދުތައް ބޭނުންކޮށްގެން މަސައްކަތްކުރާ ކޮމްޕިއުޓަރެއް. digital recording ހިސާބުގެ ޢަދަދުތަކުން އަޑުގެ މިންވަރުތައް ބަޔާންކޮށްގެން ހަދާ ރެކޯޑިން.

digitalin

ޑިޖިޓޭލިން. ނ. އިނގިލިތަކެއް ހެން މައު ހުންނަ ގަހެއްގެ ހިކި ފަތްތަކުން ނަގާ ވިހަ މާއްދާއެއް.

digitalis

ޑިޖިޓޭލިސް. ނ. ފޮކްސްގްލަވް ކިޔާ އިނގިލިތަކެއް ހެން މައު ހުންނަ ގަހެއްގެ ހިކި ފަތްތަކުން އުފައްދާ ހިތުގެ ބޭހެއް.

dignified

ޑިގްނިފައިޑް. ނއ. ޤަދަރުވެރި، ގަދަރުލިބިގެންވާ.

dignify

ޑިގްނިފައި. ކ. (dignified, dignifying). 1. ޤަދަރުދިނުން. 2. އެއްޗެއް/މީހެއް/ކަމެއް އަޞްލު އެއާ ނޭކަށޭނަ މިންވަރަށް މުހިއްމުކަމަށް ހެދުން. މ. އެމީހުން އެ މަދަރުސާއަށް ކޮލެޖް ކިޔާ ޑިގްނިފައިކޮށްފައި ވެއެވެ.

dignitary

ޑިގްނިޓަރީ. ނ. މަތިވެރި މަޤާމެއްގައި ހުރި މީހެއް (ޚާއްޞަކޮށް ފައްޅިއެއްގައި).

dignity

ޑިގްނިޓީ. ނ. 1. އުޅޭ އުޅުމުގައި ނުވަތަ ވައްޓަފާޅީގައި، ސީރިއަސްކަމާއި ލަސްކަން ހިމެނޭ އުޅުން. ކަރާމަތް. 2. އިޙްތިރާމާއި ޤަދަރު ދޭންޖެހޭކަން ހާމަވާ ސިފަ. ޤަދަރު. އަގުހުރިކަން. މ. the dignity of labour އަތްފައިން މަސައްކަތްކުރުމުގެ މާތްކަން. 3. މަތިވެރި މަޤާމު ނުވަތަ ލަޤަބް. beneath one’s dignity މީހާގެ ފެންވަރަށް ވުރެ ދަށް. stand on one’s dignity ޤަދަރުވެރިކަމާއެކު ތިމާއާ ދޭތެރޭ ޢަމަލުކުރުމަށް މަޖުބޫރުކުރުވާ.

digress

ޑައިގްރެސް. ކ. ލިޔުމުގައި ނުވަތަ ވާހަކަ ދެއްކުމުގައި ކުޑައިރުކޮޅަކަށް މައި މައުޟޫޢު އާ ދުރަށް ޖެހުން. ނ. digression.

digs

ޑިގްސް. ނ. ނުރަސްމީ ބަހުރުވައިން ނިދާއުޅެވޭނޭ ތަނެއް.

dike

ޑައިކް. ނ. 1. ފެން ވަނަ ނުދޭން ގޮނޑުދޮށުގައި ލާފައި ހުންނަ ދިގު ފާރެއް ނުވަތަ ތޮއްޓެއް. 2. އެއް ދިމާއިން އަނެއް ދިމާއަށް ފެން ފޮނުވަން ކޮނެފައިވާ ކާނެއް.

dilapidated

ޑިލެޕިޑެއިޓަޑް. ޑިލެޕިޑެއިޓިޑް. ނއ. ބާވެ ވީރާނާ ވެފައި.

dilapidation

ޑިލެޕިޑެއިޝަން. ނ. ވީރާނާވެ ނުވަތަ ބާވެ ދިއުމުގެ ޙާލަތް.

dilatation

ޑައިލެޓޭޝަން. ނ. 1. ޑައިލޭޓް ކުރުމެއް. 2. ސާރޖަރީގެ ކަމެއް ކުރުމަށްޓަކައި ރަހިމުގެ އަނގަ ފުޅާކުރުން.

dilate

ޑައިލޭޓް. ކ. 1. ފުޅާކުރުން ނުވަތަ ބޮޑުކުރުން. 2. ދިގުކޮށް ވާހަކަ ދެއްކުން ނުވަތަ ލިޔުން. ނ. dilator, dilation.

dilatory

ޑިލެޓަރީ. ނއ. 1. ކަމެއް ކުރުމުގައި ލަސް. އަވަހެއް ނޫން. 2. ލަސްކުރާގޮތަށް ފަރުމާކޮށްފައިވާ. ކއ. dilatorily. ނ. dilatoriness.

dildo

ޑިލްޑޯ. ނ. އަންހެނުންގެ ޖިންސީ އެދުންވެރިކަން ފުއްދަން ޒަކަރުހެން ހަދައިފައި އޮންނަ ފޯއްޔެއް.

dilemma

ޑިލެމާ. ނ. 1. ނޭދެވޭ ދެގޮތުން ކުރެ އެއްގޮތެއް އިޚްތިޔާރުކުރަންޖެހޭ ޙާލަތެއް. 2. ވަކިގޮތެއް ޚިޔާރުކުރަން އުނދަގޫ ޙާލަތެއް.

dilettante

ޑިލިޓާންޓި. ނ. އަމިއްލަ ޝައުޤުވެރިކަމުން، މާބޮޑު ކިޔެވުމަކާ ނުލައި، ފަންނީ ކަމެއް ކުރާ މީހެއް.

diligent

ޑިލިޖަންޓް. 1. ވަގުތާއި އަޅާލުންތެރިކަން ކުރާކަމަށް ދޭ. ގަދައަށް މަސައްކަތްކުރާ. 2. އަޅާލުމާއި މަސައްކަތާ އެކު ކަންކަންކުރާ. ކއ. diligently. ނ. diligence.

dill

ޑިލް. ނ. ރީނދޫ މަލެއް އަޅާ ހަވާދުގެ ބާވަތެއް. މިގަހުގެ ފަތްތައް ހުންނާނީ ނަރުތަކެއް ހެންނެވެ.

dilly-dally

ޑިލީ-ޑެލީ. ކ. ނުރަސްމީ ބަހުރުވައިން ގޮތެއް ކަނޑަ ނާޅައި ލަސްކޮށްގެން ވަގުތު ނަގައިލުން. ލަސްކުރުން.

dilute

ޑައިލިޔުޓް. ކ. 1. ފެން އަޅައި އެއްޗެއް ބޮޑަށް ދިޔާކުރުން. ފެން ނޫން އެހެން އެއްޗަކުން ވެސް އެހެން އެއްޗެއްގެ އަސަރު ކުޑަކުރުން. 2. އެއްޗެއްގެ ބާރު ނުވަތަ އަސަރު ކުޑަކުރުން. —ނއ. ޑައިލިޔުޓް. މ. ޑައިލިޔުޓް އެސިޑް. —ނ. dilution.

dim

ޑިމް. ނއ. (dimmer, dimmest). 1. ގަނދައަށް ދިއްލިފައެއް ނޫން، ފަނޑު. 2. ސާފުނޫން. ރަނގަޅަށް ނުފެންނަ ނުވަތަ ހަނދާނަށް ފަސޭހައިން ނާންނަ. 3. ސާފުކޮށް ނުފެންނަ މ. eyes dim with tears. 4. ނުރަސްމީ ބަހުރުވައިން ބުއްދިވެރިނޫން، މޮޔަ. —ކ. (dimmed, dimming). ފަނޑުވުން ނުވަތަ ފަނޑުކުރުން. ކއ. dimly. ނ. dimness. dim-wit ނުރަސްމީ ބަހުރުވައިން ސޭކު މީހެއް. take a dim view of = ކަމަކާ މާބޮޑަށް ނުރުހި ދެކޭ ގޮތް. ކަމަކާ މޮޅިވުން.

dime

ޑައިމް. ނ. އެމެރިކާގެ 10 ސެންޓްގެ ލާރި ފޮއްޗެއް.

dimension

ޑައިމެންޝަން. ނ. އެއްޗެއްގެ މިނެއް. މ. ދިގުމިން، ފުޅާމިން، ކޮޑިމިން، ބޯމިން. ބޮޑުމިން. 2. ސައިޒު. މ. ގްރޭޓް ޑައިމެންޝަންސް. ވަރަށް ބިޔަ. 3. ސަރަޙައްދު، ބޮޑުމިން. މ. މައްސަލައަށް އިތުރު ޑައިމެންޝަން އެއް އިތުރުވުން. ނއ. dimensional.

diminish

ޑިމިނިޝް. ކ. އެއްޗެއް ކުޑަކުރުން ނުވަތަ ކުޑަވުން.

diminuendo

ޑިމިޔޫއެންޑޯ. ނއ، ކއ. މިޔުޒިކްގައި މަޑުމަޑުން އަޑުގެ ބާރުމިން ކުޑަވަމުން ދިއުން.

diminution

ޑިމިނިޔުޝަން. ނ. 1. ކުޑަވަމުންދާ ދިއުން. 2. މިންވަރު ކުޑަވަމުންދާ ދިއުން.

diminutive

ޑިމިނިޔޫޓިވް. ނއ. އާދަޔާ ޚިލާފަށް ކުޑަ. —ނ. ކުޑައެއްޗިއްސަށް ބޭނުންކުރާ ޚާއްޞަ ލަފުޒު. މ. booklet, duckling. ނޫނީ ލޯބިން ބޭނުކުރާ ލަފުޒު. މ. dear -> dearie.

dimmer

ޑިމަރ. ނ. އަލީގެ ގަދަކަން ކުޑަކުރަން ބޭނުންކުރާ އާލަތެއް.

dimple

ޑިމްޕްލް. ނ. އެތެރެއަށް ވަދެފައިވާ ތަނެއް. އަޑިތަންކޮޅެއް، ޚާއްޞަކޮށް ޤުދްރަތީގޮތުން މީހެއްގެ ދަތްދޮޅީގައި ނުވަތަ ކޮލުގައިވާ. —ކ. އަޑި ތަންތަންކޮޅު އެއްޗެއްގައި ޖެހުން. 2. މިފަދަ ތަންތަން ފެންނަން ފެށުން/ހާމަވުން.

din

ޑިން. ނ. ގަދަ، ރުޅިއަންނަ، އުނދަގޫވާ ޒާތުގެ އަޑެއް. —ކ. (dinned, dinning) 1. މިފަދަ އަޑެއް ލެއްވުން ނުވަތަ އިވޭގޮތް ހެދުން. 2. ތަކުރާރުކޮށް އިއްވައިގެން މީހަކަށް މަޢުލޫމާތު ދިނުން.

dinar

ޑީނާ. ނ. މެދުއިރުމަތީގެ އަދި ޔޫގޯސްލޭވިއާގެ ފައިސާއެއް. ދީނާރު.

dine

ޑައިން. ކ. 1. ކެއުން (ރޭގަނޑުގެ) 2. ރޭގަނޑުގެ ކެއުމަށް އިންސާފުކުރާއިރު މުނިފޫހިފިލުވުން. dining-car ރޭލެއްގައި ރޭގަނޑުގެ ކެއުން ކާތަން. dining room ކާކޮޓަރި.

diner

ޑައިނަރ. ނ. 1. ރޭގަނޑުގެ ކެއުން ކަމުންދާ މީހެއް. 2. ރޭލެއްގެ ނުވަތަ އެހެންވެސް ތަނެއްގެ ރޭގަނޑުގެ ކެއުން ކައިއުޅޭ ކޮޓަރި.

dinette

ޑައިނެޓް. ނ. 1. ރޭގަނޑުގެ ކެއުމަށް ބޭނުންކުރާ ޖާގަ. 2. ކެއުމަށް ބޭނުންކުރާ ކުޑަ މޭޒާއި ގޮނޑި.

ding-dong

ޑިންގ-ޑޮންގ. ނ. ރަނގަބީލެއް ދެފަހަރު ޖަހާ އަޑު. —ނއ. ފޯރިއާއި ޙަރަކާތާ އެކު (މ. ޖަދަލެއް). ފަހަރަކު މީހަކު މޮޅުވާ ތަޅާފޮޅުމެއް.

dinghy

ޑިންގި. ނ. 1. ފަލިޖަހައިގެން ދުއްވާ ކުޑަ ބޮއްކުރައެއް. 2. ވައިޖަހައިގެން ފުއްޕާ ބާވަތެއްގެ ޕްލާސްޓިކަކުން ހަދާފައި ހުންނަ ބޮއްކުރާ.

dingo

ޑިންގޯ. ނ. އޮސްޓްރޭލިއާގައި އުޅޭ ވަލު ކުއްތާއެއް.

dingy

ޑިންޖީ. ނއ. (dingier, dingiest). ހަޑި. ތާޒާ އެއް ނޫން. ހިތް އުފާވެރި ނުކޮށްދޭ. (މ. ކޮޓަރިއެއް). ކއ. dingily. ނ. dinginess.

dinkum

ޑިންކަމް. ނއ. ތެދު. ޙަޤީޤަތާ އެއްގޮތް.

dinky

ޑިންކީ. ނއ. ނުރަސްމީ ބަހުރުވައިން ކުޑަވެފައި ރީތި އަދި ސާފު.

dinner

ޑިނަރ. ނ. 1. ދުވަހެއްގެ މައިގަނޑު ކެއުން (މެންދުރު ނުވަތަ ރޭގަނޑު އޮތްކަމުގައި ވިއަސް) 2. މީހެއްގެ ޝަރަފުގައި ނުވަތަ ކަމަކާ ގުޅިގެން ބާއްވާ ރޭގަނޑުގެ ކެއުމެއް. dinner-jacket ރޭގަނޑު ލައިއުޅޭ ކުރު ކަޅު ޖެކެޓެއް (ކޯޓު ފަޓުލޫނު).

dinosaur

ޑައިނޮސޮރ. ނ. މިހާރު ދިރިނޫޅޭ ވަރަށް ބޮޑު ފައި ދިގު ބޮނޑަކާ ވައްތަރު ޖަނަވާރެއް. މީގެ ދިގުމިނުގައި 60 ފޫޓުވެސް ހުރެދާނެއެވެ.

dint

ޑިންޓް. ނ. ބަނޑި ވެފައިވާ ތަނެއް. by dint of = އެވެނި ގޮތެއް މެދުވެރިކޮށް.

diocese

ޑައިއޮސިސް. ނ. ނަޞާރާދީނުގެ ބިޝޮޕެއްގެ ބެލުމުގެ ދަށުގައިވާ ސަރަޙައްދެއް.

ނއ. ޑައިއޮސިސަން. diocesan.

diode

ޑައިއޯޑް. ނ. ކަރަންޓު އެއްކޮޅަށް ދަތުރުކުރާ ގޮތް (އޭސީ ކަރަންޓު ޑީސީ ކަރަންޓަށް) ހަދާ އިލެކްޓްރޮނިކް އެއްޗެއް. މި އެތި ބައެއް ފަހަރު ބިއްލޫރި ބޮތްކެއްގެ ސިފައިގައި ވެސް ހަދާފައި ހުރެއެވެ.

dioxide

ޑައިއޮކްސައިޑް. ނ. އުންސުރެއްގެ އެއް އެޓޮމް އާ މެކުވެފައިވާ ދެ އޮކްސިޖަން އެޓަމް.

dip

ޑިޕް. ކ. (dipped, dipping). 1. ދިޔައެއްގެ ތެރެއަށް ލުން. ގެންބުން. ޑިޕް-ޝީޕް = ބައެއް ފަނިފަކުސަ މަރާލަން ކަންބަޅި ފެންގަނޑެއްގެ ތެރެއަށް ލުން. ޑިޕް ފެބްރިކްސް = ފޮތީގައި ކުލަޖައްސަން ބޮޑު ކަންވާރެއްގެ ތެރެއަށް ގެންބުން. 2. ފެނުގެ އަޑިއަށް ގޮސްފައި މައްޗަށް އަވަހަށް އަނެއްކާ އެރުން. 3. އަޑިއަށް، ތިރިއަށް ދިއުން. މ. އިރު އުދަރެހުގެ ތިރިއަށް ޑިޕްވުން. 4. އަތް ނުވަތަ އުނދުޅިއެއް ފަދަ އެއްޗެއް ކަންވާރެއް ނުވަތަ ކޮންމެވެސް އެއްޗެއްގެ ތެރެއަށް (އޭގައި ހުރި އެއްޗެއް ބޭންކުރުމަށް ނެގުމަށް) ލުން. 5. އިރުކޮޅަކަށް ތިރިކޮށްލުން. މ. ސިފައިން ދިދަ ބައެއް މީހުންނާ ދިމާއަށް ތިރިކުރާހެން؛ ނޫނީ ސައިކަލުގެ އަލި ތިރިކުރާހެން. 6. ބިންގަނޑު އަޑިއަށް ތިރިއަށް ދިއުން. މ. ފަންނުތައް ބިމުން ދިޔަރެސްއަށް ތިރިވާހެން. 7. ފޮތެއްގެ ތަންތަންކޮޅު ކިޔުން. —ނ. 1. ޑިޕްކުރާ ކުރުން. 2. އަވަސް ފެންވެރުމެއް ނުވަތަ ފީނުމެއް. 3. ތިރިއަށް ބިންގަނޑު ފައިބައިފައިވާ ތަނެއް. 4. އެއްޗެތި ގަންބާ ދިޔަގަނޑެއް. 5. ކެއުމުގެ ކުރިން ކާތަކެތި ޖަހަން ގެންގުޅޭ ދިޔައެއް. މ. ރިހާކުރު. 6. dip-stick ދިޔައެއް ހުރި ވަރު ބަލަންވެގެން ބާނަން ގެންގުޅޭ ދަނޑިއެއް ނުވަތަ ތަނޑިއެއް. dip-switch ޑިޕްކުރަން ބޭނުންކުރާ ސްވިޗެއް ނުވަތަ އެގޮތަށް މަސައްކަތްކުރާ އެއްޗެއް.

ދިވެހި ބަހާ  ބެހޭ މަޒުމޫނުތައް ކިޔުއްވަށް އޮބާލައްވާ!