
ހުރިހާ ފިރިހެނުންނަށާއި އަންހެނުންނަށް، އެހެން މީހުންގެ މައްޗަށް ބަރޯސާ ނުވެ، އެ ޖިންސްގެ ބަޔަކު ޢާއްމުކޮށް ކުރާ ބާވަތުގެ ދެތިން މަސައްކަތް ކުރަން އެނގެން ޖެހޭނެއެވެ. މިކަން ގިނަ މީހުން ދަސްކުރަނީ ގޭތެރެއިންނާއި މާހައުލުންނެވެ. ރާއްޖޭގެ ދަރިވަރުންނަށް މިބާވަތުގެ މަސައްކަތް މިހާރަކަށް އައިސް ކުރަން ނޭނގުމަކީ ލަދުވެތިކަމެކެވެ. މަދްރަސީ ނިޒާމުންނާއި އާއިލާތަކުން ދަރިވަރުންނަށް އަތްފައިންކުރާ މަސައްކަތުން އުޅެވިދާނެ ފަދަ ދެތިން މަސައްކަތް ދަސްކޮށްދޭން ޖެހޭނެއެވެ.
އަޅުގަނޑު ބޮޑުވަމުން އައި މާހައުލުގައި، ގޭގައި ޖެހޭ އާދައިގެ މަސައްކަތް ކުރަނީ ގޭގައި އުޅޭ ދޮށީ މީހުންނެވެ. މިކަންކަން ފެނިދެނިވެ ބައެއް ބާވަތުގެ އަތު މަސައްކަތްކުރަން އަޅުގަނޑަށް ދަސްވެފައި ވެއެވެ. ފަހުން މި ހުނަރުތައް އަޅުގަނޑު ފޮތްފޮތުން ދަސްކޮށްފައި ވެއެވެ. މި ބައިގައި މިގެނެސްދެނީ ތެދުއުއިވަޑާމުން ބައެއް ގެވެހި ކަންކަން ކުރާނޭ ގޮތެވެ.