ދިވެހި ޘަޤާފަތުގެ ތެރެއިން
ކުރިން ތަރާވީސް ކުރާ ގޮތް
އިހުގައި ކަންތައްތައް ކުރިގޮތް ދެނެގަތުމަށްޓަކައި، އަދި މިކަމުން ބަޔަކަށް މަންފާއެއް ކޮށްފާނެތީ ތިރީގައި މިދަންނަވާލަނީ ރާއްޖޭގައި ކުރިން ތަރާވީސްކޮށް އުޅުނު ގޮތެވެ. މި މަޒުމޫނަކީ، 1 ރަމަޟާން 1364 ވަނަ އަހަރު، ”ސަރުކާރުގެ ޚަބަރު“ ގެ 22 ވަނަ ނަންބަރުގެ 3 ވަނަ ޞަފުޙާގައި، އެ ދުވަސްވަރުގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ފަހުމީ ދީދީ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. އޭނާއަށް ދައުލަތުން ދީފައިވާ ލަޤަބަކީ ޝޭޚުލް އިސްލާމް އެވެ. އޭނާގެ މި ލިޔުއްވުމަށް މިހާރު 74 އަހަރު ވެއްޖެއެވެ.
އެހާރު ކުރާ ގޮތާއި މިހާރު ކުރާގޮތާ ދެމެދު ހުންނަ މައިގަނޑު ތަފާތުތަކުގެ ތެރެއިން މިހާރުގެ މީހުން އެންެމެ ބޮަޑަށް ފާހަގަކުރަނީ ދުލުން ނިޔަތް ގަތުމުގެ މައްސަލައެވެ. ހިތަށް އަރުވާލުމުން ނިޔަތް ގަނެވުނު ކަމަށް އެމީހުން ދެކެތެވެ. ދެން ބޮޑު ޚިލާފެއް އުޅެނީ ނަމާދުގެ ރަކްޢަތްތަކުގެ ޢަދަދާ މެދުއެވެ. ޢަބްދުﷲ ފަހުމީ ދީދީ ވިދާޅުވެފައިވަނީ 20 ރަކްޢަތެވެ. ނަމަވެސް، 11 ރަކްޢަތް ކަމަށް ބުނާ ބަޔަކު ވެސް އުޅެއެވެ. މި މައްސަލަ ދިވެހި ބަހުން މުނާޤަޝާ (ޑިސްކަސް) ކޮށްފައިވާ މަޒުމޫނެއް މިއޮތީއެވެ. އެ ލިޔުން ކިޔާލުމުން 2 ރަކްޢަތާއި 20 ރަކްޢަތާއި ދެމެދު މި ނަމާދު ކުރެވޭނޭ ކަމަށް އަޅުގަނޑަށް ދޭހަ ވިއެވެ. އަދި މިލިންކްގައި އެ ޢަދަދު ވިއްސަށް ވުރެ ގިނަ ކުރެވިދާނޭ ކަމަށް ބަޔާންކޮށްފައި ވެސް ވެއެވެ. އެންެމެ ގިނަ ދިވެހީން ތަބަޢަަވާ އިމާމްކަމުގައިވާ ޝާފިޢީގެފާނު ވިދާޅުވެފައިވާ ކަމަށް އެ މަޒުމޫނުގައި ލިޔެފައިވަނީ: ”މައްކާގައި މީސްތަކުން ކުރާ ތަން ތިމަންކަލޭގެފާނު ދެކިވަޑައިގަތީ ވިހި ރަކްޢަތެވެ.“ ގިނަ އިރު ކޮޅަށް ހުރުމަކީ، ގިނަ ބަޔަކަށް ދަތިކަމަކަށް ވާތީ، ކުރީގައި މުޅިންހެން ކިޔަވަނީ ކުރު ސޫރަތްތަކެވެ. އިހުގޮތަށް މިހާރު ކުރު ސޫރަތް ކިޔަވާ މިސްކިތްތައް މަދުކަމުން އަޅުގަނޑުގެ ބައެއް ރައްޓެހިން ގޭގައި ނަމާދު ކުރަތެވެ. އަޅުގަނޑަށް ހީވާގޮތުގައި، ކުރުކޮށް ނަމާދުކުރާ މިސްކިތްތަކެއް ފާހަގަ ވެފައިވާނަމަ، ގިނަ ބަޔަކަށް ޖަމާޢަތުގައި ބައިވެރިވެވޭނެއެވެ. އިހުގައި ދެން އޮންނަ އާދަކާދަތަކުގެ ތެރޭގައި، ތަނަވަސް ކަން ހުރި މީހުންއެމީހުންގެ ގޭގައި ލުއި ސުފުރާއެއް ތައްޔާރުކޮށް ތަރާވީސް ނަމާދުކުރި މީހުންނަށް ދަޢުވަތު ދެއެވެ. އަޅުގަނޑަށް އިންސާފުކުރެވުނު ސުފުރާގައި ބޯން ހުންނަނީ ޑޮންޑޮން ނުވަތަ ސަރުބަތެވެ. ދެން ބިސްކޯދެވެ.
އެހާރާއި މިހާރުގެ ތަފާތުތަކުގެ ތެރޭގައި، ޖަމާޢަތުގައި އެހާރު ތަރާވީސް ކުރާއިރު، ދެ رَكعَة ފުރިހަމަވުމުން އިމާމާއި މައުމޫމުން ބާރަށް ކިޔާ ތަސްބީޙަތަކަކާއި ދުޢާތަކަކާއި ޒިކުރުތަކެއް ވެއެވެ. މިގޮތަށް އެންމެ ފަހުން ދުޢާ އާއި ޒިކުރު ކިޔެވި ޖަމާޢަތެއްގައި އަޅުގަނޑު ބައިވެރިވީ ބަންޑާރަ މިސްކިތުގައި ކުރި ތަރާވީހެއްގައެވެ. އެއީ ދެހާހުގެ އަހަރުތަކުގެ ފުރަތަމަ ދަސްއަހަރު އެވެ. މިހާރު މިގޮތަށް މިކަމެއް ނުކުރެއެވެ. ކިޔުންތެރިންނަށް އެހެން އިތުރު ތަފާތުތައް ފާހަގަ ކުރެއްވޭނެއެވެ.
تَراويْحُ ނަމާދު
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
اَلْحَمْدُ لِلّهِ ذِى الْعَفْوَ وَالْغُفْرَانْ وَالْجُودِ وَالْأِحْسَانْ وَالصَّلَاة وَالسَّلَامُ عَلى سَيِّدالْأِنْسِ وَاْلجَانْ وَعَلى الِهِ وَصَحْبِه مَدَى الْاَنْمَا نْ ـ اَمَّا بَعْدُ ـ فَهَذِه هِدَايَةُ الاخوان الى تَراويح (رمضان) الفه كثير الذنوب والعصيان، الراجى الى رَحمَتة الرحمن عَبدالله فَهمى الازهَرى النَيفَري المعترف بالنسيان ـ اَمَّا بَعْدُ
ތަރާވީޙް ނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. އެއީ، ދެ ރަކްޢަތުން، ދެ ރަކްޢަތުން ކުރެވޭ ވިހި رَكعَة ގެ ނަމާދެކެވެ. އެ ނަމާދާ ދޭތެރޭ ޢާއްމުންގެ ބައެއް މީހުންނަށް ހީވެފައި އޮންނަނީ، އެއީ، އެތައް ދުޢާތަކެއް ދަންނަ ބައެއްގެ ޖަމާޢަތު އެއްގައި ނޫނީ، ކުރެވޭ ނަމާދެއް ނޫންކަމުގައެވެ. އަދި، އެއީ ކުޅިވަރުގެ ގޮތެއްގައި، އެކަނި ކުޑަކުދީން ކުރާންވީ ނަމާދެއް ކަމުގައެވެ. އެހެންނަކުން ނޫނެވެ. އެއީ، އަދަބުވެރި، މާތްގޮތުގައި، ހިމޭންކަމާއެކު ގައި، ކުދިބޮޑު އެންމެން، ކުރާންވީ ނަމާދެކެވެ. އެކަނިއެކަނީންނަށް އެކަހެރީންވެސް، އެ ނަމާދު ކުރެވޭނެއެވެ. އަދި ބޭރުން ކުރާ ޛިކުރުތަކާއި ނުލައި، އާދައިގެ ދެ رَكعَة ނަމާދެއް ކުރާގޮތުގެ ވިހި رَكعَة ން ވެސް، މި ނަމާދު ކުރެވޭނެއެވެ.
تَراويْحُ ނަމާދުގެ ނިޔަތް
اُصَلِّى رَكْعَتَيْنِ سُنَّةَ التَّرَاوِيْح لِلّهِ تَعَالى ٱللَّهُ اَكْبَرُ
މިއެވެ.
تَراويْحُ ނަމާދު ކުރާނޭ ގޮތް
ކުރީން މިބުނި ފަދަ ނިޔަތަކުން ތަރާވީހް ނަމާދަށް ޙަރަމް ބަދެ، ވައްޖަހަތު ކިޔައި، އަލްޙަމްދު ކިޔަވައި، އެފަހު، އެކަށީގެންވާ ކުރު ސޫރަތައް ނުވަތަ އާޔަަތު އެއް ކިޔައި، މި މަގުން ދެ رَكعَة ކޮށް ސަލާމް ދީފައި،
سُبْحَانَ اللَّهِ وَبِحَمْدِه سُبْحَانَ اللَّهِ الْعَظِيْم
މި ތަސްބީޙަ ތިންފަހަރު ކިޔާހުށި. ދެން އަނެއްކާ މިބުނި މޭރުމުން، ދެ رَكعَة ކޮށް ސަލާމްދީފައި،
سُبْحَانَ اللَّهِ وَالْحَمْدُلِلَّهِ وَلَااِلَهَ اِلَّااللَّهُ وَاللَّهُ اَكْبَرُ وَلَاحَوْلَوَلَاقُوَّةَ اِلَّابِاللَّهِ الْعَلِيُّ الْعَظِيْم
މި ދުޢާ ކިޔާ މޫނުގައި ފިރުމާހުށި. ދެން
اَللَّهُمَّ اِنَّكَ عَفُوٌّ كَرِيْمٌ رَحِيْمٌ تُحِبُّ الْعَفْوَفَاعْفُ عَنَّا بِكَرَمِكَ يَااَكْرَمَ الْاَكْرَمِينَ وَيَا اَرْحَمَ الرَّاحِمِيْنَ وَصَلَّى اللَّهُ وَسَلَّمَ عَلَى سَيِّدِنَا مُحَمَّدٍ وَاَلِهِ وَصَحْبِهِ اَجْمَعِيْنَ وَالْحَمْدُلِلَّهِ رَبِّ الْعَالَمِيْنَ آمِيْن
ދެން އަނެއްކާ ވެސް އިހުބުނި މަގުން رَكعَة އެއް ކޮށް، ފުރަތަމަ ދެ رَكعَة ފަހު ކިޔާންބުނި ތަސްބީޙަ ކިޔައިފައި، ތެދުވެ އަލުން ދެ رَكعَة ކޮށް ފައި، ދެވަނަ رَكعَة ފަހުގައި ކިޔާންބުނި ތަސްބީޙަ އާއި ދުޢާ އެ ބުނި މަގުން، ކިޔަވައި، މޫނު ފިރުމާހުށި.
މިތައް މަގުން ކުރަމުން ގޮސް، ވިހި رَكعَة ހަމަވީމާއި، ކޮންމެ ދެވަނަ رَكعَة އަކަށް ފަހު، ކިޔާންބުނި ތަސްބީޙަ އާއި ދުޢާ ކިޔަވައި، އެފަހު، މި ލިޔާ ދުޢާ ކިޔަވާހުށި.
اَللَّهُمَّ اِنَّ لَكَ فِى كُلِّ لَيْلَةٍ مِنْ لَيَا لِى شَهْرِرَمَضَانَ، رِقَابًايَعْتِقْهَاعَفْوُكَ فاجْعَلْ رِقَابَنَا وَرِقَابَ ابَائِنَا وَاُمَّهَاتِنَا مِنْ تِلْكَ الرِّقَابِ وَتُبْ عَلَيْنَا بِرَحْمَتِكَ يَا تَوَّابُ يَا جَلِيْلُ يَا وَهَّا بُ وَاخْتِمْ لَنَا مِنْكَ بِخَاتِمَِةِالسَّعَادَةِ أَجْمَعِيْنَ ، وَصَلَّى اللَّهُ وَسَلَّمَ عَلَى سَيِّدِنَا مُحَمَّدٍ وَاَلِهِ وَصَحْبِهِ وَسَلَّمَ وَالْحَمْدُلِلَّهِ رَبِّ الْعَالَمِيْنَ آمِيْن
މި ދުޢާ ކިޔަވައި މޫނުގައި ފިރުމީމާ، ތަރާވީޙް ނަމާދު ނިމުނީއެވެ.
ތަރާވީޙް ނަމާދާއި، އެ ނަމާދަށްފަހު، ވިތުރިއާއި ޖަމާޢަތުގައި ކުޅައުމީ ސުންނަތު އެކެވެ. މި ނަމާދަކީ جهريّة ނަމާދެކެވެ. މި ނަމާދު ޖަމާޢަތުގައި ކުރާ އިމާމާ، އިމާމުކަމުގެ ނިޔަތްގަތުން ސުންނަތް ވާނެއެވެ. މައުމޫމްތަކުން، އިޤްތިދާޢު ވުމުގެ ނިޔަތްގަތުން ވާޖިބު ވާނެއެވެ. ތަރާވީޙް ގެ އިމާމާ ފުރަތަމަ رَكعَة އަށް ތެދުވާހިދު، صَلاةَالتَّرَاوِيْح اَثَابَكُمُاللَّهُ މިފަދައިން، ނަމާދަށް ގޮވާލާ ހުށި.
ވިތުރީގެ ފުރަތަމަ رَكعَة އަށް ތެދުވަމުން، صَلَاةَالتَّرَاوِيْحْ اَثَابَكُمُ اللَّهُ މިފަދައިން ގޮވާލާހުށި.
ތަރާވީޙް ނަމާދުގެ ކޮންމެ ދެ رَكعَة އަކުން، ކުރީ رَكعَة ގެ اَلْحَمد ފަހު، كَافِرُونَ سُوْرَة ދެވަނަ رَكعَة ގެ اَلْحَمد އަށް ފަހު، اِخْلاص سُورَة ކިޔެވުމުން ފުދިދާނެއެވެ.
ތަރާވީޙް ނަމާދުގެ ކޮންމެ ދެ رَكعَة އަކުން، ކުރީ رَكعَة ގައި اَلْحَمد ފަހު، الهَاكم التَّكَاثُر، މި ސޫރަތުން ފެށިގެން ތަރުތީބުމަގުން ސޫރަތް ކިޔަވައި، ދެވަނަ رَكعَة اَلْحَمد ފަހު اِخْلاص سُورَة ކިޔެވުން އިތުރުކަމުގައި ބުނެވެއެވެ. މި ނަމާދުގެ ވިހި رَكعَة އެއްތާ އިދެ ކޮށްފައި، އެއާ ވިދިގެން ވިތުރިކޮށް ނިންމާލުން އިތުރެވެ. މި ނަމާދުގެ رَكعَة ތައް އެކިއެކި ފަހަރުމަތީން ކުރަމުން ގެންގޮސް ޢިޝާނަމާދު ގެ ފަހުން ފެށިގެން ފަތިސްނަމާދުގެ ވަޤުތު ވަނުމުގެ ކުރީގައި ކުރަނިކޮށް، ސުންަނަތުގެ ގޮތުގައި، އެ ނަމާދު ޙާޞިލްވެދާނެއެވެ. ޅަދަރިމައިންނާއި އެކިއެކި ކަންތައް ކުރާންޖެހިފައިވާ މީހުން، އެއިގެ ބައެއް رَكعَة ކޮށްފައި، ދާންވީ ބޭނުމަކު ގޮސްފައި، ނުވަތަ، ނިދާލާފައި ތެދުވެ މިގޮތުން އެތައް ފަހަރެއްގެ މަތީން މި ނަމާދު ނިންމިއަސް ޞައްޙަ އެެވެ. މިގޮތުން ކުރަމުން ގޮސް، ދިމާވާ ގޮތަކުން، އެއްބައި ވެވިފައި، އަނެއް ބައި ނުވެވި އޮތަސް، ވެވުނު ބަޔަށް ތަރާވީޙް ގެ ޘަވާބުން ޘަވާބު ލިބޭނެއެވެ. ހަމަ ހިމޭން ކަމާއި އެކު، ދިގު ކުރުން އެދޭ މީހަކު މި ނަމާދާ ބެހޭ ޛިކުރުތަކާއި ދިގު ދުޢާތައް ބޮޑެތި ފޮތްފޮތުން ދަސްކުރާ ހުށި. وَالسَّلَام.
وَسَلام عَلَي المرسَليْن وَالحَمد لله رَبِالعَالمِيْن
خَاتِمه
މާތްވެގެންްވާ ރަމްޟާން މަސްފަދަ، ޢަމަލުގެ ثواب ގިނަގުނަވެގެންވާ، مستحاب މައްސަރުގައި، އަޅުކަމާއި ހެޔޮ ކަންތަކަށް އަވަސްވެ ހީވާގިވުމީ، ވަރަށް ވެސް ބުއްދިވެރި ކަމެކެވެ. މިއާއި ޚިލާފު އަށް އެފަދަ މަހުގައި ހެޔޮކަންތަކަށް ކަންނެތްވެ ރަގަޅު ކަންކަމާއި ދުރުހެލިވެގަތުމީ، ކޮޅެއް ނެތްހައި މޮޔަ ކަމެކެވެ.
އެންމެ ކުޑަމިނުން، رمضان މަހުގައި، ޤުރްއާން އެއްފަހަރު، ޚަތިމްކޮށް، އެމަހުގެ ރޭ ތަކުގައި، تراويح ނަމާދު ކުރުމީ، ކިރިޔާ ވެސް ހެޔޮއެދޭ މީހަކު، އަޅައިގެން ވާނޭ ކަމެއް ނޫނެވެ.
لَيۡلَةِ ٱلۡقَدۡرِ ވިލޭރެއަކީ، އެ މަހުގައި މާތް ރަސްކަލާގެ وديعة ކުރަށްވައިފައިވާ މާތް ރެއެކެވެ. އެ ރޭގެ އަޅުކަމެއްގެ ثواب އެ ނޫން ހާސް މައްސަރުގެ އަޅުކަމަށް ވުރެ، އަރައިހުރިކަން ޤުރްއާން ގެ ނައްޞުން ثابت ވެ އެގިފައި ވެއެވެ. ފަހެ، އެމަހުގައި ކުރިއަށް އޮތް ކޮންމެ ރެއަކީ މި ބަރަކާތް ބޮޑު، ފައިދާ ޢާއްމު ރޭ ކަމުގައި، ވެދާނެތީވެ، އެ ރޭގެ މާތްކަން، ލިބިގަތުމަށްޓަކައި، މަސް ހުސްވެއްޖައުމަށް ދާދެން، އެއް ފަދައަކުން، ހިތްވަރުލައި، މަސައްކަތް ކުރާށެވެ. تراويح ނަމާދު އަޅައިނުލާށެވެ.
ނިމުނީ
ކީރިިތި ޤުރްއާން ޑައުންލޯޑު ކުރައްވާ
ވާރޑް ފޯމެޓް
ޕީޑީއެފް ފޯމެޓް
ފައިލްތަކުގައި ކީރިތި ޤުރްއާން ލިޔެފައިވާ އުޘްމާނީ ފޮންޓު
މި ސޮފްޓްވެއަރ އުފައްދާފައި ވަނީ
ސައޫދީ އެރެބިއާގައި ހުންނަ ފަހުދު ރަސްގެފާނުގެ މާތްވެގެންވާ ކީރިތި ޤުރްއާން ޗާޕުކުރާ މަރުކަޒުން
For the first time in my life I did tharaavees prayer tonight. I also made a special dua for you. Thank you.
Thank you for the well explained article on Tharaaveeh. I was under the impression that one can do a minimum of 8+1 rakath. Appreciate your advice/explanation.
Alhmadhulillaahi. i do by my own at home in old way. a book i have written and given by my mother.
Good
Masha allah
Which part of the Chief Justice’s write-up do you disagree with? And why?
On this matter this is what Ghazali says:
“You should first of all know — God give you good guidance and gently lead you to the truth! — that the diversity of men in religions and creeds, plus the disagreement of the Community of Islam about doctrines, given the multiplicity of sects and the divergency of methods, is a deep sea in which most men founder and from which few only are saved. Each group alleges that it is the one saved, and “each faction is happy about its own beliefs.” This is the state of affairs which the truthful and most trustworthy Chief of God’s envoys — God bless him! — ominously promised us when he said: “My Community will split into seventy-odd sects, of which one will be saved.” And what he promised has indeed come to pass!”