ޕީއެޗްޑީ ކޯސްތައް އިޢުލާނުކުރުން

بِسمِ اللَّهِ الرَّحمٰنِ الرَّحيمِ

الحَمدُ لِلَّهِ رَبِّ العالَمينَ اللهم صل وسلم علي نبينا محمد و علي آله واصحابه اجمعين

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާޞިމް އަޙްމަދް،

ޗާންސެލަރ ޑރ މުޙަންމަދު ޒާހިރު ޙުސައިން،

ވަޑައިގެން ތިއްބެވި އެހެނިހެން ޢިއްޒަތްތެރިން، ޔުނިވަރސިޓީއަށް ނިސްބަތްވާ ހުރިހާ މުވައްޒަފުން

އައްސަލާމް ޢަލައިކުމް،

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެށުން ނިސްބަތް ކުރެވެނީ 1973 ވަނަ އަހަރު ސަރުކާރުން އުފެއްދެވި އެލައިޑް ހެލްތު ސާރވިސަސް ޓްރޭނިންގ ސެންޓަރަށް. ވޭތިވެދިޔަ 39 އަހަރު ދުވަހުގެ ތެރޭގައި، މަތީ ތަޢުލީމާއި ތަމްރީނުގެ ރޮނގުން ކުރެވިފައިވާ މުހިންމު ހުރިހާ ކަންތައްތަކެއްހެން ނިސްބަތް ކުރެވެނީ ޔުނިވަރސިޓީއަށް. އެންމެ ފުރަތަމަ ރާއްޖޭގައި ހިންގި ޑިޕްލޮމާ ކޯސް ފެށީވެސް ޔުނިވަރސިޓީންއިން. އެންމެ ފުރަތަމަ ފެށި ބެޗްލަރ ކޯހަކީ އެފް.އެމް.ސީ. ގައި 2001 ވަނަ އަހަރު ފެށި ދިވެހި ޑިގްރީ ކޯސް. އެންމެ ފުރަތަމަ ރާއްޖޭގައި ހިންގި މާސްޓަރޒް ކޯހަކީ ފެކަލްޓީ އޮފް ޝަރީޢާ އެންެޑް ލޯގައި 2007 ގައި ފެށި މާސްޓަރޒް ކޯސް. މިއަދަކީ މި ޝަރަފުގެ ޗޭނަށް އިތުރު ބޮޅެއް މަހާލެވޭ ދުވަހެއް. އާދެ! ޑޮކްޓަރ އޮފް ފިލޯސަފީ // ދެ ދާއިރާއަކުން، ޝަރީޢަތާއި އެޑިޔުކޭޝަން ގެ ރޮނގުން އިޢުލާނު ކުރެވޭ ދުވަސް…. މި އުފާވެރި ދުވަހުގެ މުނާސަބަތުގައި ތިޔަ ހުރިހާ ބޭފުޅުންނަށް ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަން. …

/// އަދި، މާދަމާއަކީ ހިޖްރީ 1434 ވަނަ އަހަރު ފެށޭ ދުވަސްކަމުން، ޗާންސެލަރ ޑރ ޒާހިރު ވިދާޅުވި ެ ތަހުނިޔާ އާއި މުބާރިކްބާދީ ފަށްފަށް ކޮށްލަން.// އަޅުގަނޑުގެ ދުޢާއަކީ ހިޖްރީ އައު އަހަރަކީ، މާދަމާއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް ހިތްގައިމު ހިތްފަސޭހަ ދުވަސްތަކެއްގެ ފެށުން ކަމަށް ވުން. އެ އަހަރުގައި ތިޔަ ހުރިހާ ބޭފުޅުންނަށް / ފުރިހަމަ ސިއްޙަތާއި ދެމިހުންނަނިވި ފާގަތިކަން/ ވަފާތެރި ލޯތްބާއި، އިޚްލާޞްތެރި ރަޙްމަތްތެރިކަން / މިންވަރު ކުރެއްވުން….

އެންެމެހާ ހާޒިރީން.

ޑޮަކްޓަރ އޮފް ފިލޯސަފީ އަކީ ޔުނިވަރސިޓީ ތަކުން އާންމުކޮށް ދޭ އެންމެ މަތީ ދަރަޖަ. ޕީ.އެޗް.ޑީ ޙާޞިލްކުރަނީ ޢާންމުކޮށް ދެގޮތަކަށް. އެއްގޮތަކީ މީހަކު ކޮށްފައިވާ ޢިލްމީ ތަޙްޤީޤްތަކެއް ވަކި ފެންވަރެއްގެ މަޖައްލާތަކެއްގައި ޝާއިޢުކޮށް ހުށަހެޅުމުން، އިތުރު ދިރާސާކުރުމެއް ނެތި ދޭ ޕީ.އެޗް.ޑީ. ދެވަނަ ގޮތަކީ ސްޕަރވައިޒަރުންގެ އިރުޝާދާއި ބެލުމުގެ ދަށުން ދަރިވަރަކު ޢިލްމީ ދިރާސާއެއް ކުރުމުން، އެ ދިރާސާ،/ އެދާއިރާގެ މާހިރުން ބެލުމަށްފަހު ފެންވަރު ހުރިކަމަށް ވާނަމަ ދޭ ޕީ.އެޗް.ޑީ. މި ދެގޮތުގައިވެސް، ދަރިވަރު ވަކި ދާއިރާއަކުން މުޅިން އައު ހޯދުންތަކެއް ހޯދަން ޖެހޭ، ޢިލްމީ ތަޙުޤީޤުތަކެއް ކުރަންޖެހޭ.

މިހާރަކަށް އައިސް ވަކި މާއްދާތައް ކިޔަވައިގެން ވެސް، ޑޮކްޓަރޭޓް ފެންވަރުގެ ސަނަދު ޙާޞިލް ކުރެވޭ. މި ފަދަ ސަނަދުތަކަށް ކިޔަނީ ޕްރޮފެޝަނަލް ޑޮކްޓަރޭޓް. އަޅުގަނޑުގެ އެކުވެރި އާމާލް ޢަލީ އަކީ ޑޮކްޓަރ އޮފް އެޑިޔުކޭޝަން ކިޔަވާވިދާޅުވެފައިވާ ބޭފުޅެއް. މިފަދަ ޑޮކްޓަރޭޓް އާ ޔުނިވަރސިޓީއިން ފަށާ ޕީ.އެޗް.ޑީ އާ ހުރި ތަފާތަކީ ޔުނިވަރސިޓީގެެ ކޯހުގައި އެއްވެސް މާއްދާއެއް ކިޔަވަން ނުޖެހޭކަން. އެއީ މިތަނުގައި ތިއްބެވި ގިނަ ބޭފުޅުން ޑޮކްޓަރޭޓް ޑިޤްރީ ޙާޞިލްކޮށްފައިވާ ގޮތް.

ޔުނިވަރސިޓީއިން ޑޮކްޓަރޭޓް ކޯސް ފެށުމުގައި ވަނީ ދެ ބޭނުމެއް. ފުރަތަމަ ސަބަބަކީ، ޔުނިވަރސިޓީގެ މަޤްޞަދުތަކުގެ ތެރޭގައި ޢިލްމު އުފެއްދުން ހިމެނޭތީ، މިކަން ކުރެވޭނީ ދިރާސާތައް ކޮށްގެންކަން. ދިރާސާތައް ކުރެވެނީ ދެގޮތަކަށް. އެއްގޮތަކީ އެކަން ކުރާނޭ ބައެއް ވަޒީފާގައި ގެންގުޅުން، ދެވަނަ ގޮތަކީ ޕޯސްޓްގްރޭޖުއޭޓް ދަރިވަރުން ލައްވާ އެކަން ކުރުވުން. ޔުނިވަރސިޓީއިން ޢިލްމު އުފެއްދުމަށް މި ދެގޮތްވެސް ބޭނުން ކުރޭ.

ކޮންމެ ފެންވަރެއްގެ ކޯހެއް ފެށުމުން ވެސް، ބައެއް ކަހަލަ ވަސްވާސްތައް ބައެއް މީހުންގެެ ހިތްތަކުގައި އުފެދޭ. ދިވެހި ބެޗްލަރ ޑިގްރީ ފެށުމުން އެ ފެންވަރަށް ނުކިޔަވާދެވޭނެކަން ބައެއް މީހުން ހީކުރި. މި ހީކުރުންތައް ޝަރީޢާގެ ދާއިރާއިން މާސްޓަރޒް ފެށުމުން ވެސް ތަކުރާރުވި. ނަމަވެސް، މި ކޯސްތަކުން ދަސްވެނިވި ދަރިވަރުންނާ މުޢާމަލާތް ކުރުމުން އެފަދަ ވަހުމް ތަކާއި ޝައްކު ފިލައިގެންދިޔަ. މިއަދު، ބައެއް ބޭފުޅުންގެ ހިތްޕުޅުގައި ތިޔަ އުފެދޭ ވަސްވާސްތައް ވެސް، ކޯހުން ނެރޭ ދަރިވަރުންގެ ހުނަރުން އާތްވަތްވެގެން ދާނެކަން ކަށަވަރު. // އަޅުގަނޑުމެން މިކޯސް މި ފަށަނީ، ކުރިއަށް އޮތް 3 އަހަރުގެ ދަތުރުގައި /ދިމާވާނޭ ހުރަސްތައް ގިރާކޮށް، ކާމިޔާބުކަމާއެކު ކޯސްނިންމާ ކިނާރާއަށް ކައިރިކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމުން. އަޅުގަނޑުމެންނަށް ކިޔަވައިދިން ސްޕަރވައިޒަރުންނާ އެއް ފެންވަރަށް ނުވަތަ އެއަށްވުރެ މޮޅަށް ދަރިވަރުން ސްޕަރވައިޒްކުރެވޭނެ ކަމަށް ނަފްސަށް އޮންނަ އިތުބާރު ބޮޑުކަމުން.

ޕީ.އެޗް.ޑީ ކޯހުގެ ފެންވަރު ބެލުމަށް ހަމަޖެހިފައިވަނީ މަތީ ޑިގްރީ އާ ބެހޭ ކޮމިޓީއިން. މި ކޮމިޓީއަކީ ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގެ މެންބަރުން ހިމެނޭ. ދަރިވަރުންގެ ރިސާރޗް ޕްރޮޕޯސަލް އާއި ސްޕަރވިޒަން އާއި އިމްތިޙާނު ކުރުން ބަލަމުން ގެންދާނީ މި ކޮމިޓީއިން.

ޕީ.އެޗް.ޑީ އަކީ ޔުނިވަރސިޓީތަކުން ދޭ އެންމެ މަތީ ސަނަދެއް ނޫން. އެންމެ މަތީ ސަނަދަކީ ޑޮކްޓަރ އޮފް ލިޓަރޭޗަރ އާއި ޑޮކްޓަރ އޮފް ސައިންސް. ނަމަވެސް މި ދެސަނަދަކީ މީހާ ޙާޞިލްކޮށްފައިވާ ޢިލްމީ ހައިބަތަށް ބަލައި ޔުނިވަރސިޓީތަކުން ދޭ އެއްޗެއް. އެކަމަށް ވަކި ދުވަސް ތަކެއްގައި ޔުނިވަރސިޓީގައި ކިޔަވަން ނުޖެހޭ ސަނަދެއް. ޔުނިވަރސިޓީގެ ދަސްވެނިންގެ ތެރެއިން މި ފެންވަރަށް އަންނަ މީހުންނަށް މުސްތަޤްބަލްގައި މިސަނަދުވެސް ޔުނިވަރސިޓީއިން ތަޢާރުފު ކުރާނެ.

އައްސަލާމް ޢަލައިކުމް

14-11-2012