އައި.ޓީ. ހަބް އެއްގެ ގޮތުގައި ފުވައްމުލަށް

މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ، އައު ސަރުކާރުގެ އެއް އަމާޒުކަމަށްވާ، ފުވައްމުލަކު އައި.ޓީ. ހަބް އަކަށް ހެދުމާ ބެހޭ ގޮތުން އަޅުގަނޑަށް ފެންނަ ބައެއް ޚިޔާލުތަކެވެ. މިގޮތުން، މި މަޒުމޫނުގައި މި ޢިބާރާތް އަޅުގަނޑަށް މާނަކުރެވޭ ގޮތާއި އައި.ޓީ. ގެ ދާއިރާއިން ރާއްޖެ ކުރިއަށް ދިއުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ހިމަނާލާނަމެވެ. މި މަޒުމޫނު އަޅުގަނޑު މި ލިޔަނީ އަމިއްލަ ހައިސިއްޔަތަކުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، އަލްއަޚް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު، ފުވައްމުލައް، އައި.ޓީ. ހަބް އަކަށް ހައްދަވާނޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވިކަމަށް އެ ދުވަސްވަރުގެ ޚަބަރުތަކުގައި ވެއެވެ. އެ ފަހުން، ދާދި މިދާކަށް ދުވަހު ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރުގައި ހިންގަވަން ޤަޞްދުކުރައްވާ މަޝްރޫޢުތަކުގެ ތެރޭގައި، މިކަމާ ދުރުގޮތަކަށް ގުޅޭ ބައެއް ވެއެވެ. ކުރިއަށް އޮތް ފަސް އަހަރު ހިންގަވަން ގަސްދުކުރައްވާ މަޝްރޫޢުތައް ލިޔެފައިވަނީ އެސް.އޭ.ޕީ. ކިޔާ ފޮތެއްގައެވެ. އެފޮތް މިލިންކަށް އޮއްބަވާ ލެއްވުމުން ފެނިވަޑައިގަންނަވާނެ އެވެ. އެސް.އޭ.ޕީ. އަކީ ރަމްޒެކެވެ. ދިގުގޮތަކީ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެވެ. މި ޢިބާރާތުގެ މާނައަކީ، ދުރު ރާސްތާގެ މައިގަނޑު އަމާޒުތަކާއި މަޞްލަޙަތުތަކާއި އެކަންކަން ޙާޞިލްކުރަން ކުރާ ޢަމަލުތަކުގެ ރޭވުމެވެ. އާދެ! ”ސްޓްރެޓެޖިކް“ މި ލަފުޒަކީ ވަރަށް ފުން މާނައެެއް އޮންނަ ލަފުޒެކެވެ. ޢާއްމު މާނައަކީ އުކުޅެވެ. ވަކިން ޚާއްޞަކޮށް ހަނގުރާމައިގެ ޙިކްމަތުޢަމަލީ އެވެ.

ކުރިން ދެންނެވި ފޮތުގެ ކަމާ ބެހޭ ފިޔަވަޅުތައް ވަނީ އަންނަނިވި ގޮތަށެވެ.

އެންމެ ފަހުގެ މަޒުމޫނުތައް