Dom
ޑޮމް. ނ. 1. ނަޞާރާދީނުގެ ވެރިން، ނަމުގެ ކުރިއަށް ބޭނުންކުރާ ލަޤަބެއް. 2. ޕޯޗުގީޒު ފިރިހެނުން ނަމުގެ ކުރިއަށް ބޭނުންކުރާ ލަފުޒެއް.
domain
ޑޮމެއިން. ނ. 1. މީހެއްގެ ކޮންޓްރޯލްގައިވާ ސަރަޙައްދެއް. 2. ފިކުރުގެ ނުވަތަ ކިޔެވުމުގެ ވަކި ދާއިރާއެއް. މ. ސައިންސްގެ ޑޮމެއިން. އިޚްތިޞާޞް.
dome
ޑޯމް. ޑޮއުމް. ނ. 1. ވަށްކޮށް ހުންނަ ފުރާޅު. ގުއްބު. 2. މި ބައްޓަމަށް ހުންނަ އެހެން އެއްޗެއް. ނއ. domed ގުއްބުގެ ސިފަހުރި.
Domesday Book
ޑޫމްޒްޑޭ ބުކް. ނ. އިނގިރޭސިވިލާތުގެ ބިންތަކުގެ ރަޖިސްޓަރީ ހިމެނޭ 1086 ވަނަ އަހަރު ލިޔެފައިވާ މަޝްހޫރު ފޮތެއް.
domestic
ޑޮމެސްޓިކް. ނއ. 1. ގެއަށް، ގެވެއްސަށް، އާއިލީ ކަންކަމަށް ނިސްބަތްވާ. 2. އަމިއްލަ ރަށަށް، ޤައުމަށް ނިސްބަތްވާ. ދާޚިލީ. ބައިނަލްއަޤްވާމީ އެއް ނޫން. 3. އިންސާނާ އޮޅުކޮށްގެން ގެންގުޅޭ، ވަލު ނޫން. މ. ޑޮމެސްޓިކް ބުޅާ. —ނ. ގޭގައި ގެންގުޅޭ ޚާދިމެއް. ކއ. domestically. domestic science ގެއެއް ހިންގުމުގެ ތަޢުލީމު.
domesticated
ޑޮމެސްޓިކެއިޓިޑް. ނއ. 1. (ޖަނަވާރާ މެދު) އިންސާނުންނާ އެކު އުޅުމަށް ތަމްރީނުވެފައިވާ. މީހުން އެކި ބޭނުންތަކަށް ގެންގުޅޭ. އޮޅުވެފައިވާ. މ. އަހަކީ ޑޮމެސްޓިކެއިޓިޑް ހައިވާނެއް. 2. ގެވެހި މަސައްކަތް ކުރުމަށް ޝައުޤުހުންނަ.
domesticity
ޑޮމެސްޓިސިޓީ. ނ. ގޭގެ ދިރިއުޅުން. އާއިލީ ދިރިއުޅުން.
domicile
ޑޮމިސައިލް. ނ. މީހަކު ދިރިއުޅޭ ތަން. ނއ. domiciled ތަނެއްގައި ދިރިއުޅޭ.
domiciliary
ޑޮމިސިލިއަރީ. ނއ. 1. ދިރިއުޅޭ ތަނާ (ގެއާ) ބެހޭ. 2. ގޭގައި ބަލިމީހުން ބަލާ. މ. ޑޮމިސިލިއަރީ ޑޮކްޓަރުން.
dominant
ޑޮމިނަންޓް. ނއ. އެހެން މީހުންގެ މައްޗަށް ބާރާއި ނުފޫޒު އޮތް. އިސް. މައި.
dominate
ޑޮމިނެއިޓް. ކ. 1. މީހެއްގެ މައްޗަށް ކަންކުރުވުމުގެ ބާރުފޯރުވުން. 2. އެންމެ ނުފޫޒު ގަދަ ނުވަތަ ފާހަގަކުރެވޭ އެއްޗަށް ނުވަތަ މީހާއަށް ވުން. 3. އުސްވެގެން ވުން. މ. ފަރުބަދަ، ވާދީ ޑޮމިނޭޓްކުރެއެވެ. ނ. domination.
domineer
ޑޮމިނިއަރ. ނ. ބާރުއޮތް ގޮތަކަށް، އެހެންމީހުން ބޯލަބާ ގޮތަކަށް އުޅުން.
Dominica
ޑޮމިނީކާ. ނ. ވެސްޓް އިންޑީޒް ގެ ރަށެއް. ނ. ނއ. Dominican.
Dominican
ޑޮމިނިކަން. ނ. ނަޞާރާ ފާދިރީންގެ ފަޤީރުކޮށް އުޅޭ މަޒުހަބެއްގެ މީހެއް.
Dominican
ޑޮމިނިކަން. ނ. ޑޮމިނިކަން ރިޕަބްލިކް ކިޔާ ޤައުމު. އެ ޤައުމުގެ މީހެއް.
dominion
ޑޮމިނިއަން. ނ. 1. ބާރު ނުވަތަ ވެރިކަން. 2. ވަކި ވެރިޔަކު ކޮންޓްރޯލްކުރާ ނުވަތަ އޭނާގެ ވެރިކަން ހިނގާ ސަރަޙައްދު.
domino
ޑޮމިނޯ. ނ. ބޮޑުމިނުގައި ދެއިންޗި އެއް އިންޗި ހުންނަ ތިކި ޖަހާފައިވާ ތުނި ފިލާކޮޅެއް. މި ފިލާކޮޅުތައް ބޭނުންކުރަނީ ޑޮމިނޯސް dominoes ކިޔާ ކުޅިވަރެއް ކުޅުމަށެވެ. domino effect މިފަދަ ފިލާކޮޅުތަކެއް ކޮށްޅަށް ގާތުގައި ބެހެއްޓުމުން އެކަތި ވައްޓާލާއިރަށް ފަހަރަކު އެއްޗެއް ވެއްޓެމުން ގޮސް ހުރިހާ އެއްޗެއް ވެއްޓެއެވެ. މި ވާގޮތަށް ނިސްބަތްކޮށް ކަމެއް ވުމުން (މ. ވެރިޔަކު ވަޒީފާއިން ވަކިކުރުމުން) އެހެން އެތައް ގުޅުން ހުރި (މ. އޭނާގެ މީހުން ވެއްޓުންފަދަ) ކަންތައްތަކެއްވާތީ މި ޚިޔާލަށް އިޝާރާތްކޮށް މިއީ ބުނާ ޢިބާރާތެކެވެ.
don
ޑޮން. ކ. (donned, donning) (ހެދުން، ހާރު) އެޅުން.
don
ޑޮން. ނ. އޮކްސްފޮރޑް، ކޭމްބްރިޖް ފަދަ ޔުނިވަރސިޓީ ތަކުގެ ކޮލެޖެއްގެ ޓިއުޓަރު ނުވަތަ އިސް ފަރާތް.
Don
ޑޮން. ނ. ސްޕެއިންގައި ފިރިހެނުންގެ ފުރަތަމަ ނަމުގެ ކުރިއަށް ލާ ލަޤަބެއް.
donate
ޑޮނެއިޓް. ކ. ޑޮނޭޝަން އެއްގެ ގޮތުގައި ދިނުން. ހަދިޔާއެއްގެ ގޮތުގައި ދިނުން. މ. ސައިންސްގެ ބޭނުމަށް މަރުވުމުގެ ކުރިން ގުނަވަނެއް.
donation
ޑޮނެއިޝަން. ނ. މީހުންނަށް އެހީވާ ފަރާތްތަކަށް ނުވަތަ މީހަކަށް ދަރުމައަށް އެދި ދޭ ފައިސާ ނުވަތަ މުދައު.
done
ޑަން. ކ. ބަލާ do. 1. ރޯފިލަންދެން ކައްކާފައި. 2. ނުރަސްމީ ބަހުރުވައިން ވަރަށް ވަރުބަލިވެފައި. 3. ނުރަސްމީ ބަހުރުވައިން އިޖްތިމާޢީ ގޮތުން ޤަބޫލުނުކުރެވޭ. މ. —ކުއްލިއަކަށް ބުނާ ލަފުޒެއް. މާނައަކީ އަހުރެން ރުހި ޤަބޫލުކޮށްފީމެވެ. done with ނިމިއްޖެ.
donkey
ޑޮންކީ. ނ. އަސް އާއިލާގެ ކަންފަތް ދިގު ޖަނަވާރެއް. ހިމާރު. donkey engine ތަނެއްގައި ބޭނުންކުރާ އިތުރު ކުޑަ އިންޖީނެއް. donkey jacket މަސައްކަތްތެރިން ލާ ފެން ނުވަންނަ ޖެކެޓެއް. donkey’s years ވަރަށް ދިގު މުއްދަތެއް. donkey-work ބަރު މަސައްކަތް. މަސައްކަތެއްގެ އެންމެ އުނދަގޫބައި.
Donna
ޑޮނާ. ނ. ޕޯޗުގީޒު ނުވަތަ ސްޕެނިޝް އަންހެނުންގެ ލަޤަބެއް.
donnish
ޑޮނިޝް. ނއ. ކޮލެޖެއްގެ ޑޮން އަކާ އެއްގޮތަށް. އެފަދައިން.
donor
ޑޯނަރ. ނ. 1. އެއްޗެއް (ޞަދަޤާތަށް) ހަދިޔާކުރާ ނުވަތަ ދޭ މީހާ.
don’t
ޑޯންޓް. ކުރުކޮށް do not. މަނާ ކަމެއް. މ. do’s and don’ts
doodle
ޑޫޑްލް. ކ. ކޮންމެވެސް އެހެން ކަމަކާ ވިސްނަމުން އެއްޗެއް ލިޔުން ނުވަތަ ކުރެހުން. —މ. މިގޮތަށް ލިޔެފައި ނުވަތަ ކުރަހާފައި ހުންނަ ތަކެތި.
doom
ޑޫމް. ނ. ބަދު ނަޞީބު. މަރު. ހަލާކު. ފަނާވުން. —ކ. ހަލާކު ނުވަތަ މަރާ ކުރިމަތިކުރުވުން.
doomsday
ޑޫމްސްޑޭ. ނ. އާޚިރަތް ދުވަސް. ހިސާބު ބައްލަވާ ދުވަސް.
door
ޑޯރ. ނ. 1. ދޮރެއް ބަންދުކުރަން ފިލައިން ނުވަތަ މަޢުދަނުން ލެއްޕޭގޮތަށް ހަދާފައި ހުންނަ ބޮޑު ފިލައެއް. ދޮރުފަތް. 2. ވަދެނުކުމެވޭ ތަނެއް. 3. އެއްޗަކަށް ވާސިލުވުމަށް އޮތް މަގެއް. މ. closed the door to any agreement އެއްބަސްވުމަކަށް ދެވެން އޮތް ފުރުޞަތު ނައްތާލައިފިއެވެ. doorbell ގޭގެ އެތެރޭގައި ހަރުކޮށްފައި، ބޭރުން ޖެހޭ ގޮތަށް މީހަކު އައިކަން އަންގާ ރަނގަބީލެއް. door-keeper ދޮރުވާނު. doorknob ދޮރުފަތުގައި ހިފަށް ހުންނަ ގޮބު. doorman ހޮޓާ ފަދަ ތަންތަނުގެ ދޮރުކައިރީގައި ހުންނަ ދޮރުވާނު. doormat ފައި ފުހި. ބޭނުންގޮތެއް ހެދިޔަދޭ، ކޮންމެ ކަމެއް ވަރިހަމަ މީހެއް. door step ދޮރުފަތުގެ ކައިރީގައި އޮންނަ ހަރުފަތް. ވަރަށް ބޯ ޕާންފޮއްޗެއް. door stop ފާރުގައި ދޮރު ޖެހިދާނެތީ މަތަކުރަން ހަރުކުރާ ގޮބެއް. door-to-door އެއްގެއިން އަނެއް ގެއަށް. މ. އެއްޗެއް ވިއްކަން. doorway ފާރެއްފަދަ ބިތެއްގައި ހުރި ދޮރެއް.
dope
ޑޮއުޕް. ނ. 1. ގިރިހެއްގެ ގޮތުގައި ބޭނުންކުރާ އޮލަ ދިޔައެއް. 2. ނުރަސްމީ ބަހުރުވައިން މީހުންނާއި ޖަނަވާރަށް ރޭސްތަކުގައި އިތުރު ބާރެއް ދިނުމަށް ދޭ ބޭހެއް. 3. ނުރަސްމީ ބަހުރުވައިން މަޢުލޫމާތު. 4. ނުރަސްމީ ބަހުރުވައިން މޮޔަ މީހެއް. —ކ. 1. ޑޯޕް ބޭނުންކުރުން. 2. ހިތްވަރެއް ދިނުމަށް ޑޯޕްދިނުން. 3. ދެވިހިފާ ގަންޖާ ފަދަ ޑްރަގެއް ދިނުން.
dopey
ޑޯޕީ. ނއ. 1. ދެބައި ނިދީގައި. ޑްރަގެއްގެ ސަބަބުން ހަމައިން ނެއްޓިފައި. 3. މޮޔަ. ސޭކު. ނ. dopiness.
Doric
ޑޮރިކް. ނ. އިހުގައި ޢިމާރާތް ފަރުމާ ކުރާ މައިގަނޑު ފަސް އުސޫލުގެ ތެރެއިން އެންމެ ސާދާ އުސޫލު. މި ފަރުމާގެ ފާހަގަކުރެވޭ ކަމެއްގެ ގޮތުގައި ހިމެނެނީ ތަނބާއި ތަނބު މަތީގައި އޮންނަ މަކުޑީގެ ބައްޓަމެވެ.
dormant
ޑޯމަންޓް. ނއ. 1. ނިދިފައިވާ. ހަރަކާތް ނުކުރާ. 2. (ގަހާ މެދު) ދިރުން ހުރި އެކަމަކު ނުހެދޭ. 3. ވަގުތީ ގޮތުން ޙަރަކާތްތެރިނުވާ. މ. ޑޯމަންޓް އަލިފާން ފަރުބަދަ.
dormer window
ޑޯމަރ ވިންޑޯ. ފުރާޅުން ކަނޑާފައިވާ ކުޑަދޮރެއް. މިދޮރުގެ މަތީ ފުރާޅު ހުންނާނީ ގިނަ ފަހަރު ދެބަޔަށެވެ.
dormitory
ޑޯމިޓަރީ. ނ. މީހުން ނިދޭގޮތަށް އެތައް ކޮޓަރިއެއް ހުންނަ ދަނާލެއް ފަދަ ތަނެއް. މިތަންތަން ހުންނަނީ ކޮންމެވެސް މުއައްސަސާއަކާ ގުޅިފައެވެ. dormitory town އެހެން ސަހަރަކަށް ވަޒީފާއަށް މީހުންދާ، މައިގަނޑުގޮތެއްގައި ނިދަން އަމިއްލަ ވަޒަނަށް އަންނަ ސަހަރެއް. މިހެން ކަން ކުރަނީ އަމިއްލަ ސަހަރުގައި ވަޒީފާ ނެތުމުންނެވެ.
dormouse
ޑޯމައުސް. ނ. ފިނި މޫސުމުގައި ގަދައަށް ނިދާއުޅޭ ކުޑަމީދަލެއް ފާޑުގެ ޖަނަވާރެއް.
dormy
ޑޯމީ. ނއ. ގޮލްފުގައި، ކުޅުނު މިންވަރަށް ނުކުޅެ ހުރި ލޯވަލުތައް ހުރުން. މ. ޑޯމީ ފައިވް.
dorsal
ޑޯސަލް. ނއ. ޖަނަވާރެއްގެ ނުވަތަ ގަހެއްގެ ނުވަތަ ގުނަވަނެއްގެ މަތީގައި ނުވަތަ ފުރަގަހުގައި. މ. ޑޯސަލް ކޮތަރި.
Dorset
ޑޯރސެޓް. ނ. އިނގިރޭސިވިލާތުގެ ކައުންޓީއެއް.
dory
ޑޯރި. ނ. ކައިއުޅޭ ފަތާ އަނގަބޮޑު މަހެއް.
dosage
ޑޯސިޖް. ނ. 1. ވަކި މުއްދަތަކާއި މިންވަރުން ބޭސް ދިނުން. 2. މި މިންވަރު.
dose
ޑޯޒް. ނ. 1. ވަކި އިރަކު ބޯންޖެހޭ ނުވަތަ ކާންޖެހޭ ބޭހުގެ މިންވަރު. 2. އެއްޗަކަށް ނުވަތަ މީހަކަށް ލިބޭ ރޭޑިއޭޝަން. 3. މީހަކަށް ދޭ އަދަބެއްގެ ނުވަތަ ޚުރުޝާމިދުގެ މިންވަރެއް. —ކ. ބޭހުގެ ވަކި މިންވަރެއް ދިނުން.
doss
ޑޮސް. ކ. ނުރަސްމީ ބަހުރުވައިން ނިދުން. ޚާއްޞަކޮށް ޑޮސް ހައުސް އެއްގައި. ނ. dosser. doss down ވަގުތީގޮތުން ތައްޔާރުކުރި އެނދެއްގައި ނިދުން. doss house އަގުހެޔޮކޮށް ނިދޭގޮތަށް ހުންނަ ބާވަތެއްގެ ހޮޓަލެއް.
dossier
ޑޮސިއަރ. ނ. ވަކި ކަމަކާ ނުވަތަ މީހަކާ ގުޅޭ މަޢުލޫމާތު ހިމެނޭ ލިޔުންތައް.
dot
ޑޮޓް. ނ. 1. ވަށް ކުޑަ ނިޝާނެއް. ނުކުތާއެއް. ތިއްކެއް. 2. މޯސްކޯޑްގައި ބޭނުންކުރާ ދެ ނިޝާނުން ކުޑަ ނިޝާން. 3. —ކ. (dotted, dotting) 1. ތިކި ޖެހުން. 2. އެކި ތަންތަނަށް ބުރުއްސާލުން. ފެތުރިފައިވުން. މ. ކަނޑުވަނީ ދޯނިތަކުގެ ރިޔަލުން ޑޮޓް ޖެހިފައެވެ. 3. ނުރަސްމީ ބަހުރުވައިން ޖެހުން. dotted line ތިކިޖަހައިގެން ކުރަހާފައިވާ ރޮނގެއް (މ. ސޮއިކުރާ ރޮނގު). dot the i’s and cross the t’s ތަފްޞީލުތަކަށް ސަމާލުކަން ދިނުން. on the dot ބަރާބަރު ވަގުތަށް. the year dot ވަރަށް ކުރީ ޒަމާނެއްގައި.
dotage
ޑޯޓިޖް. ނ. މުސްކުޅިވުމުގެ ސަބަބުން ބުއްދި ޟަޢީފުވެ، ބަލިކަށިވުމުގެ ބަލި.
dotard
ޑޮޓާޑް. ނ. މުސްކުޅިބަލީގައި ބުއްދި ނިކަމެތިވެފައިވާ މީހެއް.
dote
ޑޯޓް. ކ. ވަރަށް ބޮޑަށް ލޯބިވެރިކަން ދެއްކުން. މ. doting husband.
doth
ޑޮތް. ޑޮތު. އިހުގައި he, she, it, they މިހަތަރު ލަފުޒާއެކު do ގެ ބަދަލުގައި ބޭނުންކުރާ ލަފުޒެއް.
dottle
ޑޮޓްލް. ނ. ދުންބޯ ހޮޅިއެއްގައި (ކަށިގަނޑުގައި) ނުއަނދާ ހުންނަ ދުންފަތް.
dotty
ޑޮޓީ. ނއ. (dottier, dottiest). ނުރަސްމީ ބަހުރުވައިން ވިސްނުން ދެރަ، ތަފާތު، މޮޔަ ކެނާ ފާޑު. ނ. dottiness.
double
ޑަބްލް. ނއ. 1. ޖޯޑު ހަމަވުމަށް ބޭނުންވާ ދެ އެއްޗެއް ނުވަތަ ދެބައެއް. 2. ޢާއްމުކޮށް ހުންނަ ވަރުގެ ދެ ބައި، ދެ މިންވަރު. މ. ޑަބްލް ޖޫސް. ދެގުނަ. 3. ދެ އެއްޗެއް ނުވަތަ ދެ ސިފައެއް ހިމެނޭ. މ. ޑަބްލް މާނަ ހިމެނޭ ލަފުޒެއް. 4. މަލާ މެދު. ދެ ފިޔަބަރި ނުވަތަ އެއަށް ވުރެ ގިނަ ފިޔަބަރި ހިމެނޭ. —double ކއ. ދެފަހަރު ނުވަތަ ދެ މިންވަރު. މ. it costs double what it cost last year. އޭގެ އަގު މިއަހަރު ކުރީ އަހަރަށް ވުރެ ޑަބަލް ބޮޑެވެ. 2. ދޭތިން. މ. see double ލޮލަށް ކޮންމެ އެއްޗެއް ދެ ފަހަރު ފެނުން. މ. ބައްޔެއްގެ ސަބަބުން. —double ނ. 1. އެއްޗެއްގެ ދެގުނަ މިންވަރު. 2. އެހެން އެއްޗަކާ ނުވަތަ މީހަކާ ވަރަށް ވައްތަރު އެއްޗެއް ނުވަތަ މީހެއް. 3. ޑާޓްސް ކުޅިވަރުގައި ބޭރު ދެބުރު ދެމެދަށް ޑާޓްޖަހައި ޑަބަލް ލިބޭ ލިބުން. 4. ރޭސް ޖުވާގައި އެއްފަހަރު ލިބޭ ފައިސާ ދެވަނަ ރޭސްގައި ހިމެނުން. — double ކ. 1. ދެގުނަ އަށް ނުވަތަ ދެފަހަރަށް ކުރުން. 2. ދެފަތް ޖެހުން. ލަނބާލުން. 3. ދާ މިސްރާބުން އައިކޮޅަށް ކުއްލިއަކަށް އެނބުރުން. 4. ވަށައިގެން ދަތުރުކުރުން. މ. the ship doubled the island. 5. ތަމްސީލެއްގެ ދެ ރޯލެއް އެކަކު ކުޅުން. at the double ވަރަށް އަވަހަށް. ބާރަށް. double agent އިދިކޮޅު ދެ ޤައުމަކަށް ޖާސޫސްކޮށްދޭ މީހާ. double-barrelled ބަޑިއެއް ނަމަ، ދެ ހޮޅި ހިމެނޭ، މީހެއްގެ ފަހަތު ނަމުގައި ދެބައެއް ހިމެނޭ. double bass އެންމެ ބޮޑެތި ބޭލާ. double-breasted )ކޯޓާ ބެހޭގޮތުން( މެއާ ދިމާލުން ދެ ފަރާތު އަރި އެކަތި މައްޗަށް އަނެއް އަރި އަރާ. double-check ދެ ފަހަރު ޗެކު ކުރުން، ދެގޮތަށް ޗެކުކުރުން. double chin ދެ ދަތްދޮޅި. double-cream ވަރަށް ސަރުބީ ގިނަ އޮލަ ކްރީމް. double-cross އެކުގައި މަސައްކަތްކުރާ އެއްބާރުލައިގެން އުޅޭ މީހަކަށް މަކަރުހެދުން، އޮޅުވައިލުން. double dealing މަކަރު ހެދުން، ޚާއްޞަކޮށް ވިޔަފާރީގައި. double-decker ދެބުރި ބަސް. double Dutch ދޭހަނުވާ ވާހަކަދެއްކުން. double entry އެކައުންޓިންގައި އަރަނި އާއި ދަރަނި ދެކޮލަމުގައި ލިޔާ. double figures 10 އާއި 99 އާ ދެމެދުގެ އަދަދުތައް. double glazing މެދުގައި ބައި އިންޗިވަރު ބަހައްޓައި ދެފަށަލައަށް ބިއްލޫރިޖަހާފައިވާ. double jointed ގުނަވަންތައް އެކި ގޮތްގޮތަށް ވަރަށް ބޮޑަށް ލެންބޭ. double quits ޑައިސް އެއްލާއިރު، ދަރަނި ދެގުނައަށް ދެއްކުން ނުވަތަ އެއްވެސް ގޮތަކަށް ނުދެއްކުން. double-park ޕާކުކޮށްފައިވާ ކާރެއްގެ ބޭރުގައި އެހެން ކާރެއް ޕާކުކުރުން. double-quick ވަރަށް އަވަހަށް. doubles ކޮޅަކަށް ދެމީހުން ތިބެގެން ކުޅޭ (މ. ޓެނިސް). double take މީހަކު ޙާލަތަކަށް ފުރަތަމަ ހާމަކުރި ޝުޢޫރާ ހަމަޖެހިގެން އަންނަ ޝުޢޫރެއް. double-talk ފުރަތަމަ މާނައާ ވަރަށް ތަފާތު މާނައެއް އަޑީގައި ހިމެނޭ ވާހަކަ ދެއްކުން. double-time ގަޑިއަކަށް މުސާރައަށް ލިބޭވަރުގެ ދެގުނަ ދިނުން.
double entendre
ޑޫބްލް އާންޓާންޑަރ (ފަރަންސޭސި) ނ. އެއް މާނަ ހުތުރު، ދެމާނައެއް ހިމެނޭ ޢިބާރާތެއް.
doublet
ޑަބްލިޓް. ނ. 1. މެދު ޒަމާނުގައި ފިރިހެނުންލާ އުޅުނު ގަޔަށް ބާރު ޖެކެޓެއް 2. އެއްވައްތަރު ދެ އެތިން އެކަތި. 3. ޖެހިޖެހިގެންވާ ދެ ލެންސް.
doubt
ޑައުޓް. ނ. 1. ކަމަކާ މެދު ޔަޤީންކަން ނެތުން. ޝައްކު. ވަކިގޮތެއް ކަނޑައަޅަން ދަތިވެފައިވާ ޙާލަތް. 2. ޤަބޫލުކުރަން ދަތިކަމުގެ ޝުޢޫރު. 3. ޔަޤީންކަން ނެތް ޙާލަތެއް. —ކ. 1. ކަމަކާ މެދު ޝައްކުކުރުން. ޔަޤީންކަން ނެތުން. 2. ޤަބޫލުކުރަން ޖެހިލުން ވުން. ނ. doubter. no doubt, without doubt, without a doubt ޔަޤީންކަމާ އެކު.
doubtful
ޑައުޓްފުލް. ނއ. 1. ޝައްކު ހީވާ. 2. ޝައްކު އުފައްދާ. ޔަޤީންކަން ނެތް. މ. doubtful reputation ރަނގަޅު ޝަހްރަތެއް، ނަމެއް ލިބިގެން ނުވާ. ކއ. doubtfully.
doubtless
ޑައުޓްލަސް. ކއ. ޝައްކެތް ނެތި.
douche
ޑޫޝް. ނ. 1. ހަށިގަނޑުގެ ބަޔަކަށް ފެން ނުވަތަ އެހެން ދިޔައެއް، ސާފުކުރުމަށް ނުވަތަ އެހެން ސަބަބަކާ ހުރެ ބުރުއްސުން/ސްޕްރޭކުރުން. 2. މިކަން ކުރުމަށް ގެންގުޅޭ އާލަތް. —ކ. ޑޫޝްކުރުން.
dough
ޑޮއު. ނ. މޮޑެފައިވާ ފުށްގަނޑު (ރޮށި، ކޭކު ފިހަން). 2. ނުރަސްމީ ބަހުރުވައިން ފައިސާ. ނއ. doughy.
doughnut
ޑޮއުނަޓް. ނ. ފޮނި ފުއްގަނޑަކުން ތެލުލާފައި ހަދާ ކުޑަ ކޭކެއް.
dour
ޑުއަރ. ނއ. ހަރުކަށި. އުފާވެރިކަން، ހިނިތުންވުން ނެތް. ކއ. dourly. ނ. dourness.
douse
ޑައުސް. ކ. 1. ފެނުގެ ތެރެއަށް ލުން. ފެން ޖެހުން. 2. ނިއްވާލުން. މ. ފުޅިބައްތިއެއް ޑައުސްކުރުން.
dove
ޑަވް. ނ. 1. ކޮތަރަށް ވުރެ ކުޑަ، އެ ބާވަތުގެ ދޫންޏެއް. 2. ހަނގުރާމަ އާއި ދެކޮޅުވެރިކަމަށް ވުރެ ޞުލްޙަ އާއި ވާހަކަދައްކައިގެން މައްސަލަ ހައްލުކުރާ މީހެއް.
dovecote
ޑަވްކޯޓް. ނ. ކޮތަރު ކޮށި. flutter the dovecotes ހިމޭނުން ތިބޭ ބަޔަކު ސިހޭ ނުވަތަ ހައިރާންވާ ފަދަ ގޮތެއް ހެދުން. ސިއްސުވާލުން.
dovetail
ޑަވްޓެއިލް. ނ. ދެ ލަކުޑިކޮޅު ގުޅުވުމަށް ބޭނުންކުރާ ގޮތެއް. މިގޮތުގައި ހުންނަނީ ތިނެސްކަނަށް ހުންނަ ކެނޑުންތަކެއް ލަކުޑީގައި ކަނޑާފައެވެ. —ކ. 1. ދެ އެއްޗެއް ހިމުންކޮށް ގުޅުވުން/ގުޅުން. މ. މަގޭ ރޭވުން އޭނާގެ ރޭވުމާ ޑަވްޓެއިލްވެއެވެ. 2. ޑަވްޓެއިލްއަކުން ދެ ލަކުޑިކޮޅު ތަޅުއެޅުވުން.
dowager
ޑައު(އަ)ޖަރ. ނ. 1. މަރުވި ފިރިމީހާގެ ފަރާތުން ލަޤަބާއި މުދައު ވާރުތަވެފައިވާ އަންހެނެއް. 2. ނުރަސްމީ ބަހުރުވައިން ޤަދަރުވެރި މުސްކުޅި އަންހެނެއް.
dowdy
ޑައުޑީ. ނއ. (dowdier, dowdiest) 1. ހެދުން އެޅުމާ މެދު، ޒަމާނުގެ ފެޝަނަށް ނުފެތޭ. ހެދުން ހިތްގައިމުނޫން. 2. މިފަދަ ހެދުން އަޅައިފައިވާ މީހެއް. ކއ. dowdily. ނ. dowdiness.
dowel
ޑައުލް. ނ. ދެ ހިލަގަނޑެއް ނުވަތަ ދެބުރި ލަކުޑި ގުޅުވަން ބޭނުންކުރާ ބޯ ނެތް މޮހޮރެއް ނުވަތަ ލަކުޑިކޮޅެއް. އިލި. —ކ. (dowelled, dowelling) އިލި ޖަހައިގެން ހަރުކުރުން ނުވަތަ ގުޅުވުން. ނ. dowelling އިލި ހެދުމަށް ބޭނުންކުރާ ވަށް ތެދު ލަކުޑި ނުވަތަ މިފަދަ މަޢުދަން ފޯލި.
dower
ޑައުވަރ. ނ. ފިރިމަރުވުމުން އަނބިމީހާއަށް ފިރިމީހާގެ މުދަލުން ލިބޭ ބައި. dower house މިފަދަ އަންހެނަކަށް ލިބިދޭ، ބޮޑު ގެއެއްގެ ކައިރީގައި ހުންނަ ކުޑަ ގެ.
down
ޑައުން. ނ. ސަރާސަރު ހާމަކަން ބޮޑު ފެހި ބިމެއް. the downs އިނގިރޭސިވިލާތުގެ ދެކުނުގައިވާ ޗޯކުން ހެދިފައިވާ ބިންގަނޑެއް.
down
ޑައުން. ނ. ބައެއް ދޫނީގައި ނުވަތަ އެހެންވެސް ހައިވާނުގައި ހުންނަ މަޑު ފަތްތައް ނުވަތަ ކެހެރި/އިސްތަށި.
down
ޑައުން. ކއ. 1. (ކުރިން ތެދަށް، އޮލަނބަށް) ތެދަށް ހުރެފައި، ރަހައަށް މިހާރު ހުރި. ރަހައަކީ ބިމުގެ ސަޠަޙަ އެއް ފާޓަށް (ފާޓުހަމަކޮށް) ހުރުން. މ. fell down ވެއްޓިއްޖެ. 2. ތިރި (ތަނެއް، ފެންވަރެއް، އަގެއް، ޢަދަދެއް، ޙާލަތެއް) ކުޑަ ސައިޒަކަށްވި. ބޮޑަށް ދެކުނަށް ހުރި. 3. ހަރަކާތްތެރިކަން ކުޑަވުން. މ. quieten down އަޑު މަޑުވުން. 4. ބަލިން ދޮޅަހިކަން ގެއްލިފައި. މ. down with flu. 5. މަރުކަޒީ ހިސާބަކުން ދުރުގައި. މ. he is down from university އޭނާ ޔުނިވަރސިޓީން ދިރިއުޅޭ ރަށަށް ވަނީ އައިސްފައި. 6. ކުރީގެ ވަގުތަކުން ފަހުގެ ވަގުތަކަށް. މ. down to the present day މިއަދާ ހަމައަށް. 7. ލިޔުމުން. މ. write it down, note it down, he is down to speak އޭނާ ވަނީ ވާހަކަ ދައްކާނެ މީހުންގެ ގޮތުގައި ލިސްޓްކުރެވިފައި. 8. އެއްޗެއްގެ އަޞްލަށް ނުވަތަ އެވާ ދިމާލަށް. މ. track it down. 9. ގަންނަ އިރު އަގުގެ ގޮތުގައި. މ. paid US5 down. — ދެ ބައެއް ގުޅުވާ ލަފުޒެއްގެ ގޮތުގައި. 1. ތިރިއަށް، ތެރެއިން، އަސް، އެތެރެއަށް. މަތިން ތިރިއަށް. 2. ތިރީ ހިސާބެއްގައި. މ. house is further down the road. —ނއ. 1. ތިރިއަށް. މ. down draught. 2. މަރުކަޒީ ހިސާބަކުން ދުރަށް. މ. down train. —ކ. down 1. ތިރާކޮށްލުން، ތިރިކޮށްލުން. މަސައްކަތް ކުރުން ހުއްޓާލުން (މ. ހަޅުތާލެއްގައި). 2. ދިރުވާލުން. —ނ. down. 1. ހިތާމަ. މ. ups and downs. 2. ނުރުހުން، ނަފުރަތު. މ. has a down on him އޭނާއަށް ނަފުރަތެއް އޮވެއެވެ. 3. ރެސްލިންގައި އެއްލައިލުމެއް. down and out ވަރަށް ބިކަ ހާލުޖެހިފައި. down-and-out މި ޙާލަތުގައިވާ މީހެއް. down at heel ހެދުންއެޅުމުގައި ސާފުތާހިރު ނޫން. down-hearted ރޫޙް ގެއްލިފައި. down in the mouth ފެނުމުގައި ހިތާމަވެރިކަން. down on ނުރުހުންތެރި، ނުޤަބޫލް. މ. she is down on smoking. down on one’s luck ހިތާމައިގެ ދުވަސްވަރެއްގައި. down stage ސްޓޭޖްގެ މަގަތުގައި. down-to-earth ހަމަބުއްދިއާއެކު އަތުންފައިން ކަންކަން ކުރެވޭ. down under އޮސްޓްރޭލިއާ އާއި ނިއު ޒީލަންޑް. down with ޕާޓީއެއް ނުވަތަ މީހެއްގެ ހަލާކަށް ގޮވާ ގޮވުމެއް.
Down
ޑައުން. ނ. އުތުރު އަޔަރލަންޑްގެ ކައުންޓީއެއް.
downbeat
ޑައުންބީޓް. ނ. މިޔުޒިކްގައި ހިމެނޭ ބާވަތެއްގެ ހަމައެއް. ނއ. މޮޅިވެރި، މާޔޫސްވެފައިވާ.
downcast
ޑައުންކާސްޓް. ނއ. 1. ތިރިއަށް، އިސްޖެހިފައި. މ. ޑައުންކާސްޓް ލޯ. 2. މީހަކާ މެދުނަމަ، މޮޅިވެފައި. އުއްމީދު ގެއްލިފައި.
downfall
ޑައުންފޯލް. ނ. ތަނަވަސްކަމުން ނުވަތަ ބާރުވެރި މަޤާމަކުން ވެއްޓުނު. މިކަން ދިމާވާ ސަބަބު.
downgrade
ޑައުންގްރޭޑް. ކ. ދަށް ފެންވަރަކަށް ނުވަތަ މަޤާމަކަށް ގެންދިއުން.
downhill
ޑައުންހިލް. ކއ. ތިރިއަށް ދާ މަގުގައި. އުސްތަނަކުން ތިރިއަށް އޮތް ތަނެއްގައި. —ނއ. ތިރިއަށް ދާ. go downhill ބޮޑަށް ހަލާކުވަމުން ބާވަމުން ދިއުން.
Downing Street
ޑައުނިން ސްޓްރީޓް. ނ. އިނގިރޭސި ވިލާތުގެ ލަންޑަންގައިވާ މަގެއް. މި މަގުގައި މަޖިލިހުގެ މެންބަރުންނާއި ބޮޑު ވަޒީރު ދިރިއުޅެއެވެ.
downpour
ޑައުންޕޯރ. ނ. ބޯވާރޭ.
downright
ޑައުންރައިޓް. ނއ. 1. ތެދުވެރި، ސީދާ. 2. މުޅި. ހުސް. މ. ޑައުންރައިޓް ދޮގެއް. ކއ. މުޅިންހެން. ބޮޑަށް. މ. downright scared.
downs
ޑައުންސް. ނ. ހާމަ ސަރަޙައްދެއް.
downstairs
ޑައުންސްޓެއާރޒް. ކއ. ސިޑިން ތިރިއަށް. ތިރީގައިވާ (ގޭގެ) ބުރިއެއްގައި. —ނއ. ތިރީބުރިއެއްގައިވާ.
downstream
ޑައުންސްޓްރީމް. ނއ.ކއ. ކޯރެއް، އާރެއް ގެ އޮޔާ އެއް މިސްރާބަށް.
downtrodden
ޑައުންޓްރޮޑްން. ނއ. ފައިން އަރާފައިވާ. އެކި ގޮތްގޮތަށް ފިއްތާފައިވާ (މ. މީހެއް).
downturn
ޑައުންޓާރން. ނ. ފާގަތިކަން ނުވަތަ ހަރަކާތްތެރިކަން ކުޑަވާ ކުޑަވުން.
downward
ޑައުންވާރޑް. ނއ. މުހިއްމުކަން ކުޑަ ނުވަތަ ތިރީ މިސްރާބަކަށް ނުވަތަ ފަހަތަށް ނުވަތަ ދަށް ދިމާއަށް ދަތުކުރާ، އިޝާރާތްކުރާ. މ. downward movement. ކއ. downwards ދަށް ދިމާއަށް.
downwind
ޑައުންވިންޑް. ނއ. ކއ. ވައި ދަށްފަރާތް. އެދިމާއަކަށް ވައި ދަތުރުކޮށްދާ ދިމާ.
downy
ޑައުނީ. ނއ. 1. މަޑު ދޫނި ފަތް ނުވަތަ ކެހެރި ފަދަ. މިއިން ނިވާވެފައި ނުވަތަ މިއިން ފުރާފައި. 2. ބުއްދި ގަދަ. އެނގޭ.
dowry
ޑައުރީ. ނ. އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ކައިވެންޏަކާ ގުޅިގެން ދޭ ތަކެތި.
dowse
ޑައުސް. ކ. ކަފި ދަނޑިކޮޅެއް ބޭނުންކޮށްގެން ބިމުގެ އަޑީގައި ހުންނަ ފެން ހޯދާ ފާލެއް. ނ. dowser.
doyen
ޑޮޔަން. ނ. ދާއިރާއެއްގެ އެންމެ އިޙްތިރާމް ލިބިފައިވާ އެންމެ މަޝްހޫރު މީހާ. މިފަދަ އަންހެނާ doyenne.
doze
ޑޮއުޒް. ކ. މަޑު ނިންޖަކުން ނިދުން. ނ. މިފަދަ ނިންޖެއް. dozed off މިފަދަ ނިންޖަކުން ނިދިފައި.
dozen
ޑަޒަން. ނ. 12 އެތީގެ ސެޓެއް. dozens of things ބައިވަރު ތަކެތި.
Dr
ޑޮކްޓަރ. ނ. ކުރުކޮށް ޑޮކްޓަރ ނުވަތަ ދަރަނިވެރިޔާ.
drab
ޑްރޭބް. ނއ. 1. އުޖާލާކަން ނުވަތަ ހިތްގައިމުކަން ނެތް. 2. އަޅިމުށި ކުލަ. —ނ. މިކުލަ. ކއ. drably. ނ. drabness.
drachm
ޑްރޭމް. ނ. އައުންސެއްގެ އަށްބައިކުޅަ އެއްބައި.
drachma
ޑްރެކްމާ. ނ. އިހުގައި ގްރީކްގައި ގެންގުޅުނު ފައިސާ
Draconian
ޑްރެކޯނިއަން. ނއ. ވަރަށް ހަރުކަށި. މ. ޤާނޫނު. މިނަން ނިސްބަތްވަނީ ހަރުކަށި ޤާނޫނުތަކެއް ހިންގި ޔޫނާނީ ވެރިއަކަށެވެ.
draft
ޑްރާފްޓް. ނ. 1. ލިޔުމެއް އެކުލަވައިލުމުގެ ގޮތުން ލިޔާ ފުރަތަމަ ރަފު ކޮޕީ. ދެލިކޮޕީ. 2. ބޭންކަކަށް ފައިސާ ދޫކުރުމަށް ފޮނުވާ ލިޔުމެއް. މިގޮތުން ފައިސާ ނަގާ ނެގުން. 3. ޚާއްޞަ ކަމެއް ކުރުމަށް ބޮޑު ގުރޫޕަކުން ނަގާ ކުޑަ ކޮމިޓީއެއް. މިމީހުން ނަގާ ނެގުން. 4. އަސްކަރިއްޔާއަށް ގަދަކަމުން މީހުން ނަގާ ނެގުން. —draft ކ. 1. ދެލިކޮޕީއެއް ތައްޔާރުކުރުން. 2. ޚާއްޞަ މަސްއޫލިއްޔަތަކަށް މީހުން ހޮވުން. 3. އަސްކަރިއްޔާގެ ތެރެއަށް މީހުން ގަދަކަމުން ވެއްދުން.
drag
ޑްރޭގް. ކ. (dragged, dragging). 1. އުނދަގުލުން ދެމުން. 2. ދަމާފައިކަހަލަ ގޮތަކަށް ގެންދިއުން. ލަސްލަހުން ބާރުން ދަމައި ގެންދިއުން. 3. ފެނުގެ އަޑީގައި ދައު ދެމުން. 4. ލަސްލަހުން ފޫހިގޮތަކަށް ކުރިއަށް ދިއުން. މ. the speeches dragged on. 5. ސިނގިރެޓް، ސުއްޓާ ދެމުން. މ. dragged at his pipe. —drag ނ. 1. ބިމުގެ މަތީގައި (މޫދުގެ އަޑީގައި ނަމަވެސް) ދަމަން ހަދާފައިވާ އެއްޗެއް. 2. ފޫހި އެއްޗެއް. ކުރިއެރުން ލަސްކުރުމަށް ހަދާފައިވާ އެއްޗެއް. 3. ފިރިހެނުން އަޅައިގެން އުޅޭ އަންހެނުންގެ ހެދުން. 4. ސިނގިރެޓެއް ފަދަ އެއްޗެއް ދަމައިލުން. drag-hunt ބާވަތެއްގެ ޝިކާރަކުރުމެއް. މިކަމުގައި ބިމުގައި ދަމާފައިވާ ވަސްދުވާ އެއްޗެއްގެ ފަހަތުން ކުއްތާތައް ދުވެއެވެ. drag in ވާހަކަ ދެއްކުމެއްގެ ތެރެއަށް ނުގުޅޭ ހާލަތެއްގައި މައުޟޫޢުއެއް ވެއްދުން. drag-net ކޯރެއްގެ އަޑިން މަސް ހިފުމަށް ދަމާ ދަލެއް. drag one’s feet or heels ގަސްދުގައި ލަސްކުރުން ނުވަތަ ފަސްޖެހުން. drag out ބޭނުމެއް ނެތި ދިގުކުރުން. ގިނައިރު ކުރުން. drag race ހުއްޓާފައި އޮވެފައި އެންމެ ބާރަށް ކުރިއަރަނީ ކޮން އެއްޗެއްތޯ ބަލަން ޖަހާ ކާރު ރޭހެއް. drag up ރަނގަޅު ތަރުބިއްޔަތެއް ނުދީ ކުދިން ބޮޑެތިކުރުން؛ ހަނދާންނެތިފައިވާ ފަޟީޙަތެއްގެ ވާހަކަ އަލުން ފެށުން.
dragon
ޑްރެގަން. ނ. 1. ބޮޑު ބޮނޑެއް ފާޑުގެ ފިޔަގަނޑު ލީ ޚިޔާލީ ޖަނަވާރެއް. 2. ޖައްބާރު މީހެއް.
dragonfly
ޑްރެގަންފްލައި. ނ. ހަށިގަނޑު ދިގު، އިށީންނަ އިރު ފިޔަގަނޑު ހުޅުވައިލައިގެން ތިބޭ ހަސާރާއެއް. މ. ދޮންދޫނި، ލޯފިނދު. ފަތްމިނި. އަވިހި.
dragoon
ޑްރެގޫން. ކ. ކަމެއް ގަދަކަމުން ކުރުވުން.
Dragoon guards
ޑްރެގޫން ގާރޑްސް. ނ. އިނގިރޭސިވިލާތުގެ ލަޝްކަރުގައި ހިމެނޭ އަސްވާރުންގެ ގުރޫޕެއް.
drain
ޑްރެއިން. ކ. 1. ހޮޅިއެއް ނުވަތަ ކާނެއް ބޭނުންކޮށްގެން ދިޔައެއް ހިއްކުން. 2. ދިޔައެއް ފައިބައިގެން އޮހޮރިގެންދާ ގޮތް ހެދުން. 3. ހިކުން ނުވަތަ ހިކޭގޮތް ހެދުން (ފެން ހިއްދައިގެން). 4. ބާރު ނުވަތަ ވަސީލަތްތައް މަޑުމަޑުން މަދުކުރުން. 5. ބުޔުން. މ. ތަށީގައި ހުންނަ ފެން ހުސްކުރުން. —ނ. 1. ދިޔައެއް ހިންދުމަށް އެ ގެންދާ ކާނެއް ނުވަތަ ހޮޅިއެއް. 2. މީހެއްގެ ވަސީލަތްތަކާއި ފައިސާ މަދުކުރާ އެއްޗެއް ނުވަތަ ކަމެއް. down the drain ނުރަސްމީ ބަހުރުވައިން ގެއްލިގެން ދިއުން. draining board ތަށި ހިއްކަން ހުންނަ ބަދިގޭ ސިންކް ގެ ކަތި ބައި. drain-pipe ޑްރެއިން ތަކުގައި ބޭނުންކުރާ ހޮޅި.
drainage
ޑްރެއިނެޖް. ނ. 1. ޑްރެއިން ކުރާ ކުރުން. 2. ޑްރެއިންކުރުމުގެ ނިޒާމެއް. 3. ޑްރެއިންކޮށްގެން ނަގާ ދިޔަ.
drake
ޑްރެއިކް. ނ. ފިރިހެން އަސްދޫންޏެއް.
dram
ޑްރާމް. ނ. 1. ޑްރޭމް drachm އާ އެއް މާނައެއް. 2. ބަނގުރަލުގެ ކުޑަފޮދެއް.
drama
ޑްރާމާ. ނ. 1. ސްޓޭޖްގައި ކުޅުމަށް ނުވަތަ ބްރޯޑްކާސްޓް ކުރުމަށް ކުޅޭ ތަމްސީލެއް. ނާތަކު. 2. ވަކި ޢިލްމާއި ހުނަރެއްގެ ގޮތުގައި ތަމްސީލުކުޅުމާއި ލިޔުން. 3. ފޯރިގަދަ ހާދިސާތަކެއް. 4. ކަމެއްގެ ފޯރިގަދަ ގޮތް. މ. drama of the situation ޙާލަތުގެ ފޯރިގަދަކަން.
dramatic
ޑްރެމެޓިކް. ނއ. 1. ޑްރާމާއަށް ނިސްބަތްވާ. 2. ފޯރިގަދަ. ޖޯޝްހުރި. އަޅައިގަންނަ (ބޮޑުކަމުން، އުސްކަމުން، ފެންވަރުން ފަދަ ސިފައަކުން) މ. dramatic change. ކއ. dramatically. dramatics ތަމްސީލު ކުޅޭ ކުޅުން. ކަންބޮޑުކޮށްގެން ޙަރަކާތްތެރިވާ ޙަރަކާތެރިވުން.
dramatist
ޑްރެމެޓިސްޓް. ނ. ޑްރާމާ ލިޔާ މީހެއް.
dramatize
ޑްރެމެޓައިޒް. ކ. 1. ވާހަކައެއް ޑްރާމާއަކަށް ބަދަލުކޮށް ލިޔުން. 2. ކަމެއް ޑްރެމެޓިކް ކުރުން. ފޯރިއަރާ ހައިރާންވާނެ ގޮތް ހެދުން. ނ. dramatization.
drank
ޑްރޭންކް. ބަލާ drink.
drape
ޑްރެއިޕް. ޑްރޭޕް. 1. ފޮތި ދޫކޮށް އެއްޗެއްގެ މަތީ އަޅައި އެ ފޮރުވުން. ފޮތިން ޒީނަތްތެރިކުރުން. 2. ދޫކޮށް އެތުރުން ނުވަތަ ރޫޖައްސާ އެތުރުން. 3. ތަނެއްގައި ފަސޭހަގޮތަކަށް ހަށިގަނޑު ބޭއްވުން. —ނ. ފޮތިއެލުވުމުން އެ ރޫޖެހި އެލިފައި އޮންނަ ގޮތް.
draper
ޑްރެއިޕަރ. ނ. ފޮތި ނުވަތަ ހެދުން ވިއްކާ މީހެއް.
drapery
ޑްރެއިޕަރި. ޑްރޭޕަރީ. ނ. 1. ޑްރެއިޕަރެއްގެ ވިޔަފާރި. ފޮތި ވިއްކުން. 2. ރޫޖައްސާ ދޫކޮށް ފޮތި އެލުވާފައި ހުންނަ ހުރުން.
drastic
ޑްރާސްޓިކް. ނއ. ވަރަށް ގަދަ އަދި ފެތުރިގެންދާ އަސަރެއް ހުރި. ކއ. drastically.
drat
ޑްރެޓް. ނުރަސްމީ ބަހުން ކުއްލިއަކަށް ބުނާ ލަފުޒެއް. ހަލާކު ހުރި. ނއ. ހަލާކުލިބިގެންވާ dratted.
draught
ޑްރާފްޓް. ނ. 1. ބަންދުކޮށްފައިވާ ތަނެއްގައި ޖެހޭ (ހިނގާ) ވައި. 2. ދަމާ ދެމުން. މ. ގާޑިޔާ ދަމާ އަސް. draught-horse. 3. މަސް ދަލެއް ދަމާ ދެމުން. ދަލުގައި ހުންނަ މަސް. 4. އުޅަނދެއް ނުބީހެން ފެން ހުންނަން ޖެހޭ މިންވަރު. އުޅަދެއްގެ ފެންރޮނގާއި ފަށަން ތިރިއާ ދެމެދު ހުންނަ އޮލަނބު ދިގުމިން. ފެންވަރު. 5. ބަނގުރާ ތާނގީއަކުން ރާ ނަގާ ނެގުން. 6. އެއްފަހަރުން ދިޔާ އެއްޗެއް ބޮއެލާ ބޮއެލުން. އެގޮތަށް ބޮވޭ މިންވަރު. draught beer ފުޅިއަށް ނާޅައި ހުންނަ، ތާނގީއަކުން ނަގާ ބިއަރު. draughts 24 އެތިކޮޅު ބޭނުންކޮށްގެން draught-board އެއްގައި ދެމީހުން ކުޅޭ ކުޅިވަރެއް. feel the draught ފައިސާ ނެތުމުގެ ނުވަތަ އެހެން ވެސް ދަތިތަކެއްގެ އަސަރުކުރުން.
draughtsman
ޑްރާފްޓްސްމަން. ނ. 1. ޢިމާރާތް ފަދަ ތަކެތި ޕްލޭންކޮށް ކުރަހައި ހަދާ މީހެއް. 2. ޑްރާފްޓްސް ކުޅިވަރުގައި ގެންގުޅޭ ކުޅޭއެތި (ކުޅި). ނ. draughtsmanship.
draughty
ޑްރާފްޓީ. ނއ. ޖާގަތަކުން ނުވަތަ ހިންމިތަކުން ފިނި ނުވަތަ ހޫނު ވައި ވައްދާ (މ. ކޮޓަރި). ދޮރުނަމަ، މިފަދަ ހިންމިތައް ހުރި.
draw
ޑްރޯ. ކ. (drew, drawn, drawing) 1. ދެމުން. މ. ދުނިޖަހަން ވައު. draw the curtains ދޮރުފޮތި ދެމުން (ދޮރެއް ނިވާކުރަން). 2. ސަމާލުކަން ހޯދުން. މ. draw attention. 3. އެތެރެއަށް ދެމުން. މ. ނޭވާ. draw at a cigarette. 4. ނެގުން. މ. ވަޅަކުން ފެން ޑްރޯކުރުން. އެކައުންޓަކުން ފައިސާ ޑްރޯކުރުން. draw on one’s imagination މީހެއްގެ ޚިޔާލު، ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުން. 5. ގުރުއަތުލުން. ލޮޓަރީއެއް ލިބުން. މ. draw the winner ގުރުއަތަކުން ކާމިޔާބުވި މީހާ ހޯދުން. 6. މަޢުލޫމާތު ހޯދުން. tried to draw him about his plans 7. މުބާރާތެއް ދެކޮޅު އެއްވަރުވެގެން ނިމުން. 8. ވަކި މިންވަރަކަށް ފުންކަން ހުންނަން ބޭނުންވުން. މ. ship draws 10 feet މި ބޯޓުގެ ފެންވަރަކީ 10 ފޫޓެވެ. 9. ސަޠަޙައެއްގައި (މ. ކަރުދާހުގައި) ފާހަގަލައިގެން މަންޒަރެއް ނުވަތަ ކުރެހުމެއް ކުރެހުން. 10. އެކުލަވައިލުން. މ. to draw a conclusion ނިންމުމެއް އެކުލަވައިލުން. 11. ފައިސާ ނެގުމަށް ޗެކެއް ލިޔުން. 12. ޝިކާރަކުރާނެ ޖަނަވާރެއް ހޯދާބެލުން. 13. އެއްޗެއްގެ މަގުގައި ކުރިއަށް ދިއުން ނުވަތަ ތަނަކަށް އައުން. މ. draw near, train drew in. 14. (ސައިފަތާ މެދު) ފެންގަނޑުގެ ތިރިއަށް އޭގެ އަސަރު ވަދެގެން ދިއުން. —draw ނ. 1. ޑްރޯވިން ކުރާ ކުރުން. quick on the draw ބަޑި ނަގާ ޖެހުމުގައި ހަލުވި. 2. މީހުން އެއްޗެއް ނުވަތަ ކަމެއް ބަލަން އަންނަ އައުން. މ. ކާނިވާގައި ހުރި ފަންވާރާއަކީ ވަރަށް ބޮޑު ޑްރޯއެކެވެ = ގިނަ މީހުން އެ ބަލަން އާދެއެވެ. 3. ގުރުއަތުލުމުގެ ޢަމަލު. 4. ދެކޮޅު އެއްވަރުވި ކުޅިވަރެއް ނުވަތަ މުބާރާތެއް. draw a blank ނުވަތަ a blankއެއްވެސް ނަތީޖާއެއް ނުވަތަ އިޖާބައެއް ނުލިބުން. draw in މޫސުމުގެ ގޮތުން ދުވާލުގަޑި ކުޑަވުން. draw in one’s horns ދެކޮޅުވެރިކަން ކުޑަވުން. ނުވަތަ ކުރިއަރައި ދާންބޭނުންވުން ކުޑަވުން. draw out ވާހަކަ ދެއްކުމެއް، ބަހުސެއް ގިނައިރު ކުރުން. މީހަކު ވާހަކަ ދެއްކުމަށް ހިތްވަރުދިނުން. އިރު ދަތުރުކުރާ ދަނޑީގެ ގޮތުން ދުވާލުގެ ގަޑި އިތުރުވުން. draw rein ލަގަން ދަމައިގަނެގެން އަހެއް ޗެކުކުރުން. draw-sheet އެނދުގައި އޮތް ބަލިމީހާގެ ދަށުން ދަމައިގަނެވޭ ގޮތަށް އޮންނަ ބެޑުޝީޓް. draw-string ލޯވަޅެއް ފަދަ އެއްޗެއް ކުޑަކުރުމަށް ދަމައިލެވޭ ވައުފަށް. މ. އުނަގަނޑާ ދިމާއިން ސޯޓުގައި ހުންނަ. draw the line at ކަމެއް ކުރަން އިންކާރު ކުރުން ނުވަތަ ކެތްނުކުރުން. draw the teeth of ގެއްލުމެއް، އަނިޔާއެއް ނުދެވޭނެ ގޮތް ހެދުން. draw up ހުއްޓުމަކަށް އައުން. އެއްބަސްވުމެއް ފަދަ އެއްޗެއް އެކުލަވައިލުން. draw oneself up މީހާ ކޮޅަށް ހަށިގަނޑު ތެދުކޮށްލުން.
drawback
ޑްރޯބެކް. ނ. ކަމެއްގެ ސަބަބުން ލިބޭ ގެއްލުން. ހިތިކާރަ.
drawbridge
ޑްރޯބްރިޖް. ނ. ކަންޒެއް ހުރަސްކޮށް، އެއްކޮޅު ހުޅެއްގައި ހަރުކޮށްފައި އޮންނަ ފާލަމެއް. މި ފާލަން ބޭނުން ވެއްޖެނަމަ، އުފުއްލައި ލެވޭނެއެވެ.
drawer
ޑްރޯވަރ. ނ. 1. އެއްޗެއް ކުރަހާ (ލިޔާ) މީހެއް. އެއްޗެއް ދަމައި ގާތްކުރާ މީހެއް. 2. ފަރުނީޗަރެއްގައި ހުންނަ މަތި ނެތް ފޮއްޓެއްފަދަ އެއްޗެއް. މި އެތެރެއަށް ވައްދައި ދަމައި ހެދެއެވެ. ވަތްގަނޑު.
drawers
ޑްރޯވަރޒް. ނ. ހަރުވާޅު. ފަޓުލޫނު ނުވަތަ ބެލްސްގެ އެތެރެއިން ލާ ހެދުމުގެ ބައެއް.
drawing
ޑްރޯވިން. ނ. 1. ކުލަ ޖައްސާފައި އަދި ނުވާ ކުރެހުމެއް. drawing board ކުރެހުމަށްޓަކައި ކުރަހާ ކަރުދާސް ބާއްވާ ޚާއްޞަ ބޯޑެއް. back to the drawing board އަލުން ރާވަން ފެށުން. drawing-pin ބޯ ފަތާކޮށް ހުންނަ ބޯޑުތަކުގައި ކަރުދާސް ހަރުކުރާ ކައްޓެއް.
drawing-room
ޑްރޯވިން ރޫމް. ނ. ޒިޔާރަތްކުރާ މީހުންނާ ބައްދަލުކުރާ ކޮޓަރި. މެދުގެތެރެ. ސިޓިންގރޫމް.
drawl
ޑްރޯލް. ކ. ފިލިތަކަށް ދަމާފައި، ކަންނެތްކޮށް ވާހަކަ ދެއްކުން. —ނ. މި ވައްތަރުގެ ވާހަކަ ދެއްކުމެއް.
drawn
ޑްރޯން. ބަލައި draw. ނއ. (މީހެއްގެ ސިފަތަކާ ބެހޭގޮތުން) ފިކުރާއި ވަރުބަލިކަމުން ދަމާލާފައި ހުރި ވައްތަރު ޖަހާ. drawn-thread-work ފޮތީގެ ތެރެއިން ނެރޭ ރޮދިފަށުން އެކި ސިފަގެނެސްފައި ހުންނަ ތިނޯހުގެ މަސައްކަތެއް.
dray
ޑްރޭ. ނ. ބަރު ތަކެތި އުފުލުމަށް އަރިމަތީ ފިލާ ނުހުންނަ ތިރިކޮށް ހަދާފައިވާ ދަމާ ގާޑިޔަލެއް. ނ. drayman.
dread
ޑްރެޑް. ނ. ބޮޑު ބިރުވެރިކަމެއް. ނިރުބަވެރިކަން. —ކ. ވަރަށް ބޮޑަށް ބިރުގަތުން. ކއ. dreaded.
dreadful
ޑްރެޑްފުލް. ނއ.1. ބިރު ގަނުވާ. 2. ނުރަސްމީ ބަހުރުވައިން ފޫހި، އުނދަގޫކުރާ، ނުބައި. މ. ޑްރެޑްފުލް މޫސުން. ކއ. dreadfully.
dreadlocks
ޑްރެޑްލޮކްސް. ނ. ރަސްޓަފާރިއަނުން ފަދައިން، ބޯ ދިގުކޮށް ތަތްކޮށްގެން އެތައް ފަށަކަށް އަނބުރާފައި ހުންނަ އިސްތަށިގަނޑު.
dream
ޑްރީމް. ނ. 1. ނިދާފައިވާ މީހެއްގެ ފިކުރުގައި ފެންނަ މަންޒަރުތަކެއް ނުވަތަ ހާދިސާތަކެއް. ހުވަފެން. 2. ނިދީގައި ފެންނަ ހުވަފެން ނުވަތަ ހޭވެރިކަންމަތީ ހުވަފެން ދެކެމުންދާ މީހެއްގެ ފިކުރު. 3. މީހަކު އެދޭ ކަމެއް. އެންމެ ރަނގަޅު ގޮތް. 4. ވަރަށް ރީތި މީހެއް ނުވަތަ އެއްޗެއް. —ކ. 1. ހުވަފެނެއް ފެނުން. 2. ކަމެއްގެ އެދުން. އާރުޒޫ. 3. ވެދާނެ ކަމެއްގެ ގޮތުގައި ދުށުން. މ. never dreamt it would happen އެކަން ވާނެކަމަކަށް ހުވަފެނުންވެސް ނުދެކެން. ނ. dreamer. ނއ. dreamless. dream up ޚިޔާލުކުރުން، އީޖާދުކުރުން.
dreamy
ޑްރީމީ. ނއ. 1. ޑޭޑްރީމްކުރާ. ޚިޔާލީ ހުވަފެން ދެކޭ. 1. ނުރަސްމީ ބަހުރުވައިން ވަރަށް ހިތްގައިމު. ކއ. dreamily. ނ. dreaminess.
dreary
ޑްރިއަރީ. ނއ. (Drearier, dreariest). އޮފު ނެތް، އުޖާލާކަން ނެތް. (ތަންތަނާ ބެހޭ ގޮތުން) ހިތްފަސޭހަ ނޫން. ހިތާމަގެނުވާ. ކއ. drearily. ނ. dreariness.
dredge
ޑްރެޖް. ނ. ކަނޑުގެ ނުވަތަ ކޯރެއްގެ އަޑިން ވެލި ނުވަތަ އެހެންވެސް އެއްޗެއް ނެގުމަށް ހަދާފައިވާ އެއްޗެއް. —ކ. ޑްރެޖަކުން އަޑި ސާފުކުރުން ނުވަތަ އަޑިން ވެލި ނެގުން. dredger ޑްރެޖް އެއް ނުވަތަ މި ބައި ހަރުކޮށްފައިވާ ބޯޓެއް.
dredge
ޑްރެޖް. ކ. ހަކުރު ނުވަތަ ފުއް ބުރުއްސާލުން. (މ. ކޭކެއްގެ މައްޗަށް). dredger ނ. ތަކެތި ބުރުއްސުމަށް މަތީގައި ލޯވަޅުތަކެއް އަޅާފައި ހުންނަ ފުޅިއެއް.
dregs
ޑްރެގްސް. ނ. 1. ދިޔާއެއްޗެއްގެ އަޑީގައި ހުންނަ ބޭނުމެއް ނެތް، އަގެއް ނެތް ބައި. 2. އެއްޗެއްގެ އެންމެ ނުބައި އެންމެ ބޭނުންކުޑަ ބައި.
drench
ޑްރެންޗް. ނ. ބޮޑަށް، މުޅިން ތެތްމާލުން.
Dresden china
ޑްރެސްޑަން ޗައިނާ. ނ. ޖަރުމަނުގެ ސަރަޙައްދެއްގައި ހަދާ މާ މޮޅު ތަށިމުށީގެ ތަކެތި. މ. ފޯންޗު، ޖޯޑު.
dress
ޑްރެސް. ނ. 1. ހެދުން، ޚާއްޞަކޮށް ފެންނަން ހުންނަ ހެދުމުގެ ބައިތައް. 2. ފަސްބަޔާއި މާމަތި ލާފައި ހުންނަ އަންހެނުންގެ ހެދުން. —ކ. 1. ހެދުން އެޅުން. ހެދުން އެޅުވުން. މީހަކަށް އަންނައުނު ދިނުން. she dresses well = އެކަބުލޭގެ ހެދުން އަޅަނީ ނަލަކޮށެވެ. 2. ރޭގަނޑު ބޭނުންކުރާ ފާޑުގެ ދިގު ހެދުން ލުން. 3. ޒީނަތްތެރިކުރުން. މ. ފިހާރައެއްގެ ކުޑަދޮރު. 4. ފާރުގަނޑެއްގައި ބޭސް އެޅުން. 5. ފުނާއަޅައި ތަރުތީބުކުރުން. 6. އެއްޗެއް ފުރިހަމައަށް ނިންމުން މ. ލެދަރ ޑްރެސް ކުރުމަކީ އެ އޮމާންކުރުން. 7. ކެއްކުމަށް ތައްޔާރުކުރުން. މ. ކުކުޅު ޑްރެސް ކުރުމަކީ ހަވާދުލައި ފިހުމަށް ފައިބަނދެ ހެދުން. ސަޓަނި ޑްރެސްކުރުމަކީ ސަޓަނީގެ ތެރެއަށް ގުޅޭ ސޯސް އެޅުން. 8. ސަފަކަށް ސިފައިން ތަރުތީބުކުރުން. dress circle ތިއޭޓަރުތަކުގެ ފުރަތަމަ ގެލެރީ (މިބައިގައި ތިބޭ މީހުން ދިގުހެދުންލުން ކުރިން މަޖުބޫރުވާނެ). dress rehearsal ފުރިހަމަ ހެދުމާއެކު ބާއްވާ ރިހާސަލް އެއް. dress shirt ރޭގަނޑުގެ ހެދުމުގެ ގޮތުގައި ބޭނުންކުރަން އެކަށީގެންވާ ގަމީހެއް. dress up ކަމެއްގެ ފޯރި ގަދަކުރަން ޚާއްޞަ ހެދުން އެޅުން.
dressage
ޑްރެސާޖް. ނ. ބަސްއަހާކަމާއި ހަލުވިކަމާއި މިފަދަ ކަންކަން ދައްކުވައި ދިނުމަށް އަހެއް ތަމްރީނުކޮށް އެ ދުއްވުމުގެ ފަންނު.
dresser
ޑްރެސަރ. ނ. އެއްޗެއް ނުވަތަ މީހެއް ހެދުން އަޅުވާ ރީތިކުރާ މީހާ.
dresser
ޑްރެސަރ. ނ. ތަށި ފަދަ ތަކެތި ލުމަށް ބަދިގޭގައި ހުންނަ ހަރުގަނޑެއް.
dressing
ޑްރެސިން. ނ. 1. ކާތަކެތީގައި އުނގުޅާ ސޯސް އެއް ނުވަތަ މީރުކުރަން އަޅާ އެހެން މެކުވާ ތަކެތި. 2. ދަނޑަކަށް ފަތުރާފައިވާ ގެރިގުއި. 3. ފާރުގައި އަޅާ ބެންޑޭޖް، އޮއިންޓްމަންޓް ފަދަ ބޭސްގަނޑު. 4. ފޮތި އުފައްދާއިރު އެ ހަރުކުރަން (ފަސޭހައިން ލެނބޭގޮތް ވިޔަ ނުދިނުމަށް) ބޭނުންކުރާ ބޭހެއް. ތާންޖެހުމަށް ބޭނުންކުރާ ބޭހެއް. dressing-case ދަތުރުކުރާއިރު ބުރުހާއި ރީތިވާ ސާމާނު އަޅާ ފޮށި. dressing down މީހަކާ ދިމާލަށް އެއްޗެތި ގޮވުމެއް. dressing gown ފުރިހަމައަށް ހެދުން އެޅުމުގެ ކުރިން ގަޔަށްލާ ދޫ ލިބާހެއް. dressing-room ހެދުން ބަދަލުކުރާ ނުވަތަ ހެދުން އަޅައި ރީތިވާ ކޮޓަރި. dressing-table ހެދުން އެޅުމުގައި ބޭނުންކުރާ މޫނުބަލާ ލޯގަނޑެއް ހަރުކުރި މޭޒެއް.
dressmaker
ޑްރެސްމެއިކަރ. ނ. އަންހެނުންގެ ހެދުން ފަހާ އަންހެނެއް. dressmaking އަންހެނުންގެ ހެދުން ފެހުން.
dressy
ޑްރެސީ. ނއ. (dressier, dressiest) 1. ޒަމާނީ ހެދުން އަޅައިފައިވާ. ނަލަ ހެދުން އަޅައިގެން ހުރި. 2. (ހެދުމާ ބެހޭ ގޮތުން) ހިތްގައިމު. ފަރި.
drew
ޑްރޫ. ބަލާ draw.
drey
ޑްރެއި. ނ. އޮފިކޮޅުން ހަދާފައިވާ މުގޮށި މީދަލުގެ ހާލި.
dribble
ޑްރިބްލް. ކ. 1. އަނގައިން ސޮނި ވެއްޓުން. 2. އެއްޗެއް ތިކިތިއްކަން ފޭބުން. 3. ކުޅިވަރުގައި ކުރު ޙަރަކާތްތަކަކުން ބޯޅައެއް ޖަހަމުން ގެންދިއުން. —ނ. މި ބާވަތު އޮހޮރުމެއް.
driblet
ޑްރިބްލިޓް. ނ. ކުޑަ މިންވަރެއް. in driblets އިރު އިރު ކޮޅުން މަދު މިންވަރެއް. މ. ސޮނިފައިބާ ގޮތަށް.
dribs and drabs
ޑްރިބްސް އެންޑް ޑްރެބްސް. ކުޑަ މިންވަރު. މ. މީހުން ޕާޓީއަށް އައީ ޑްރިބްސް އެންޑް ޑްރެބްސް އިންނެވެ. އެކި އިރު ދެތިން މީހުން އެގޮތަށް. ހަކުރާގެއަށް ޒަންގީން އަންނަގޮތަށް.
dried
ޑްރައިޑް. ނއ.(ކާނާ (މ. އަނބު، މަސް) އާ މެދު) ހިއްކައިގެން ގިނަ ދުވަހު ހުންނަގޮތް ހަދައިފައިވާ.
drier
ޑްރަޔަރ. ނ. އިސްތަށިގަނޑު، އަންނައުނު ފަދަ ތަކެތި ހިއްކަން ހުންނަ މެޝިނެއް.
drift
ޑްރިފްޓް. ކ. 1. ވަޔާއެކު ނުވަތަ އޮޔާ އެކު ގެންދާ. މ. ލަކުޑި، ކަފަކޮޅެއް. 2. މަންޒިލެއް ނެތި ލާޗާރުބިޗާރަށް ހިނގުން. 3. މަތިމައްޗަށް ވައިގެ ސަބަބުން ފުނިޖެހި އޮޔާދިއުން. މ. ސްނޯ. 4. އޮޔާ ދާގޮތް ހެދުން. —ނ. 1. ވަޔާ ނުވަތަ އޮޔާ ދިއުމުގެ ޙަރަކާތް. 2. ވައިގެ ސަބަބުން ފުނިޖެހިފައިވާ ސްނޯ ނުވަތަ ވެލި. 3. ވަކި މިސްރާބަކުން ކަސިޔާރުވުން، އެއްފަރާތަކަށް ޖެހުން. 4. ބުނާ ޖުމުލައެއް ނުވަތަ ދައްކާ ވާހަކައެއްގެ މަޠްލަބު ނުވަތަ އެ ދާ ދިމާ. drift-net އޮޔާއެކު ދޫކޮށްފައި އޮންނަ މަސްހިފާ ދަލެއް.
drifter
ޑްރިފްޓަރ. ނ. 1. ޑްރިފްޓް ދަލެއް ބޭނުންކޮށްގެން މަސްހިފާ ބޯޓެއް. 2. މަންޒިލެއް މަޤްޞަދެއް ނެތް މީހެއް.
driftwood
ޑްރިފްޓްވުޑް. ނ. އޮޔާއެކު ދާ ނުވަތަ ގޮނޑުދޮށަށް ލައްގާފައި ހުންނަ ލަކުޑި. އޮއިވާލި.
drill
ޑްރިލް. ނ. 1. ތޮރުފުމަށް ނުވަތަ ބިމުގައި ވަޅެއް ކޮނުމަށް ގެންގުޅޭ ބުރުމާ، ފޮނުމަތް. 2. ސިފައިންގެ ތަމްރީނު. 3. ޢަމަލީ ހަރަކާތްތަކަށް ހަށިގަނޑު ތަރުބިއްޔަތު ކުރުމަށް ތަކުރާރުކޮށް ކުރާ ތަމްރީނު. ތަކުރާރުކޮށް ފިކުރުން ކުރާ ތަމްރީނު. 4. ޢާއްމުކޮށް ތަރުތީބުން ކުރާ ކަންތައް ތަކެއް. —ކ. 1. ބުރުމާއެއް ބޭނުންކުރުން. ލޯވަޅެއް ތޮރުފުން. 3. ތަކުރާރުކުރާ ފަރިތަކުރުންތަކެއް ބޭނުންކޮށްގެން ވަކި ކަންތައްތަކެއްގެ ތަމްރީނު ހޯދުން ނުވަތަ ދިނުން.
drill
ޑްރިލް. ނ. 1. ދަނޑުގައި އޮށް އިންދަން ދަމާ ތިލަ ކާނު ނުވަތަ ކޯރު. 2. އޮށް އިންދާ ނުވަތަ މި ކޯރު ކޮންނަ މެޝިނު. 3. މި ގޮތުގެ މަތިން ބަރިއަކަށް އޮށް އިންދާފައިވާ ކޯރެއް، ކާނެއް. —ކ. ޑްރިލްތަކެއްގައި އޮށް އިންދުން.
drill
ޑްރިލް. ނ. ދަޅައިގައި ރޮނގުތަކެއް ހުންނަ ވަރުގަދަ ކީއްތާނި ނުވަތަ އުއި ފޮއްޗެއް.
drily
ޑްރައިލީ. ނއ. ވަރަށް އަސަރެއް ނެތް ހިކި ގޮތަކަށް. މ. ބަތްސުވާ ޑްރައިލީ ކޮށް ދިރުވާލިއެވެ. ޑްރައިލީކޮށް އޭނާ ޖަވާބު ދިނެވެ.
drink
ޑްރިންކް. ކ. 1. ދިރުވައިލުން (ދިޔައެއް). 2. (ވެލި، ގަސް ފަދަ ތަކެތި) (ފެން އޭގެ އެތެރެއަށް) ދެމުން. 3. ރާބުޔުން (ޚާއްޞަކޮށް ގިނައިން). 4. ރާބޮއެގެން ހެޔޮ އެދުން (ނަޞާރާ ދީނުގެ އާދައެއް). މ. drank his health. —ނ. 1. ބޮއެއުޅޭ ދިޔައެއް. 2. ބަނގުރާ. 3. ބޮއެ އުޅޭ މިންވަރެއް. 4. ނުރަސްމީ ބަހުރުވައިން ކަނޑު. ނ. drinker. drink in ޝައުޤާ އެކު އަޑު އެހުން ނުވަތަ ބެލުން.
drip
ޑްރިޕް. ކ. ތިކިތިއްކަށް ފޭބުން. މިގޮތް ހެދުން. —ނ. 1. މިގޮތަށް ފައިބާ ދިޔަ ނުވަތަ ތިކި. 2. މިގޮތަށް ފައިބާއިރު ކިޔާ އަޑު. 3. ނުރަސްމީ ބަހުރުވައިން ޟަޢީފު ނުވަތަ ފޫހި މީހެއް. dripping wet ވަރަށް ތެތް.
drip-dry
ޑްރިޕް-ޑްރައި. ކ. ތެތްކޮށް އޮއްވައި ނުފެލައި ނުވަތަ އިސްތިރިކޮށް ހިއްކަން އެޅުމުން އަވަހަށް ހިކުން. ނއ. މިގޮތްވާ ފޮތީގެ.
dripping
ޑްރިޕިން. ނ. ފިހަމުންދާ މަހުން ފައިބާ ތެޔޮ ނުވަތަ އޮހޭ ދިޔާ ސަރުބީ.
drive
ޑްރައިވް. ކ. (drove, driven, driving) 1. ތަޅައިގެން ބިރުދައްކައިގެން ގަދަކަމުން ފަދަ ގޮތަކަށް އެއްޗެއް ވެއްދުން ނުވަތަ ފޮނުވުން. މ. މޮހޮރެއް ގަލަކަށް. 2. ކޮއްޕުން، ފޮނުވުން، އެކުގައި ގެންދިއުން. 3. ޖަހައި ފޮނުވުން. މ. ބޯޅައެއް. 4. ގަދަކަމުން ތޮރުފައި ވެއްދުން. މ. ބިމަށް އަނބެއް ޑްރައިވްކުރުން. 5. ކާރުފަދަ އެއްޗެއް ހިންގައި މިސްރާބަކަށް ދުއްވުން. 6. އަމިއްލަ އުޅަނދެއްގައި ދަތުރުކުރުން. މ. we drive to work. 7. (އާވި، ތެޔޮ ފަދަ އެއްޗަކުން) މެޝިން ފަދަ ތަކެތި ހިންގުން. 8. ކަމެއް ވާގޮތް ވުން ނުވަތަ ހެދުން. މ. he was driven to steal by hunger = އޭނާ ވައްކަން ކުރަން ޑްރައިވްކުރީ ހާންތިއެވެ. 9. ގުޑުވުން ނުވަތަ ކުއްލިއަކަށް ގުޑުން. އަވަހަށް ބާރަށް ދިއުން ނުވަތަ އައުން. މ. driving rain. —ނ. 1. އެއްގަމު އުޅަނދެއްގައި ދުއްވާ ދުއްވުމެއް. 2. ކްރިކެޓާއި ގޮލްފުގައި ބޯޅައިގައި ޖަހާ ޖެހުމެއް. 3. އިންޖީނަކުން ފުރޮޅުތަކަށް ބާރު ގެންދާ ގެންދިއުން. މ. front-wheel drive ކުރީ ފުރޮޅު އިންޖީނާ ގުޅާފައިވާ (މ. ކާރެއް). 4. ހަކަތަ. ކެނޑިނޭޅި ކުރާކަމެއް. ނަފްސާނީ އެދުމެއް. މ. އޭނާއަކީ ޑްރައިވް އެއް ހުންނަ މީހެއް ނޫން. 5. އިންތިޒާމުކޮށްގެން ވަކި މަޤްޞަދެއް ޙާޞިލްކުރަން ކުރާ ކަމެއް. މ. sales drive ގިނަ ތަކެތި ވިއްކަން ގަދަ ހިތްވަރާއެކު ކުރާކަމެއް. 6. ރައްޓެހިންތަކެއް މަޖަލަކަށް ބައިބަދަލުކުރަމުން ތާސްފަދަ ކުޅިވަރުކުޅޭ ބައްދަލުވުމެއް. 7. ޚާއްޞަކޮށް ހިތްފަސޭހަ މަންޒަރުތައް ހިމެނޭ މަގެއް. 8. ގެއަކަށް ވަންނަ އަމިއްލަ މީހެއްގެ މަގު. —ނ. driver. drive a hard bargain ދުލެއް ނުދީ ކުރާ ދަމާކެނޑުމެއް. drive at ވަކި މާނައެއް ފަހުމުކުރުމަށް ކުރާ މަސައްކަތެއް. މ. what is he driving at. drive-in ކއ. ކާރުން ނުފައިބާ ކަމެއް ކުރެވޭ. މ. ތަކެތި ގަނެވޭ ފިހާރަ drive-in shop. driving-wheel އިންޖީނުގެ ބާރުން ހިންގާ ފުރޮޅު ނުވަތަ ހިންގަންޖެހޭ ފުރޮޅު.
drivel
ނ. ތާކުންތާކު ނުޖެހޭ ވާހަކަ. ހަމަނުޖެހޭ ވާހަކަ. —ކ. މިފަދަ ވާހަކަ ލިޔުން ނުވަތަ
ދެއްކުން.
drizzle
ޑްރިޒްލް. ނ. ވަރަށް ހިމަފޮދު ވާރޭ. —ކ. ވަރަށް ތުނިކޮށް ވާރޭ ވެހުން.
drogue
ޑްރޯގް. ނ. ވައިކުޑައެއް ފަދަ ސިފައަކަށް އޮންނަ އޮޑިއެއްގެ ފަހަތުގައި ދުވެލި މަޑުކުރަން ހަރުކުރާ އެއްޗެއް.
droll
ޑްރޯލް. ނއ. އާއްމުނޫން ގޮތަކަށް މުނިފޫހިފިލުވާ މަޖާވާ. މ. ވާހަކަ ދެއްކުން. ކއ. drolly. ނ. drollery. އާއްމު ނޫން ބާވަތުގެ ސަމާސާ ވާހަކަ.
dromedary
ޑްރޯމިޑަރީ. ނ. އެރެބިއާގެ ޖަމަލު. މި ބާވަތުގެ ޖަމަލު ހިކިވެފައި ބާރަށް ދުވެއެވެ.
drone
ޑްރޯން. ނ. މާމުއިކުޅަނދުރުގެ ފިރިހެން އެއްޗެއް. 2. މަސައްކަތެއް ނުކުރާ މީހެއް. 3. ކެނޑިނޭޅިއިވޭ ފުން، ބުން އަޑެއް. 4. މީހަކު ނެތި ރިމޯޓުން ދުއްވާ އުޅަނދެއް. —ކ. 1. ބުން އަޑެއް ލެއްވުން. 2. މިފަދަ ފޫހިގޮތަކަށް ވާހަކަ ދެއްކުން.
drool
ޑްރޫލް. ކ. 1. ސޮނި ފޭބުން. މިގޮތަށް އެހެން ދިޔައެއް ފޭބުން. 2. މާބޮޑު މިންވަރަކަށް އެއްޗެއް ނުވަތަ ކަމެއް މޮޅުކަމަށް ތަރުހީބުދީ ވާހަކަ ދެއްކުން.
droop
ޑްރޫޕް. ކ. ބަލިކަމުން ނުވަތަ ވަރުބަލިވެގެން ގުދުވުން ނުވަތަ ލެނބުން. —ނ. މި ގޮތް. ނއ. droopy.
drop
ޑްރޮޕް. ނ. 1. ވަށް ނުވަތަ މުތް ފާޑުގެ ސިފައަށް އޮތް ދިޔައެއްގެ ތިކި. 2. މި ސިފައަށް ހުންނަ އެހެން ތަކެތި. 3. ވަރަށް ކުޑަ މިންވަރެއް. 4. ވައްޓާލުމުގެ ޢަމަލު. 5. ވެއްޓުމެއް. މ. އެއްޗެއްގެ އަގު. 6. އޮލަނބަށް ތިރިއަށް ފައިބާ ތަނެއް. މިފަދަ ތަނެއްގެ އުސްމިން. 7. ދޮރުފޮތީގެ ދިގުމިން. 8. ވައްޓާލާ އެއްޗެއް. ދަން ޖައްސާއިރު ފައިދަށުން ދަމައިގަންނަ ފިލާގަނޑު. —ކ. drop. 1. ނުހިފެހެއްޓުމުގެ ސަބަބުން ނުވަތަ ގްރެވިޓީގެ ސަބަބުން އެއްޗެއް ވެއްޓުން ނުވަތަ ވައްޓާލުން. 2. ވަރުބަލިވެގެން ވެއްޓުން. މ. feel ready to drop ވަރަށް ވަރުބަލިވެފައި. 3. ތިރިއަށް ސީދާގޮތަކަށް އޮތުން. މ. cliff drops to the beach އުސް ފަސްގަނޑެއް ގޮނޑުދޮށަށް ސީދަލަށް ކެނޑިފައި އޮތުން. 4. ތިރިކުރުން. ތިރިއަށް ދިއުން ނުވަތަ ބަލިކޮށްލުން. މ. އަގުތައް ޑްރޮޕްވުން. އަޑު ޑްރޮޕް ކުރުން (މަޑުކުރުން). 5. ފަހަތަށް ޖެހުން. މ. he dropped behind others އޭނާ އެހެން މީހުންގެ ފަހަތަށް ޖެހިއްޖެއެވެ. 6. ބުނުން ނުވަތަ ފޮނުވުން. މ. ނޯޓެއް ޑްރޮޕް ކޮށްލުން. 7. ނުހިމެނުން، ނުބުނުން. މ. އޭނާ s ގެ އަޑު ޑްރޮޕް ކުރެއެވެ. 8. ޕާރުސަލެއް (ތަނަކަށް) ފުރާތަކުރުން ނުވަތަ ދަތުރުވެރިއެއް ތަނަކަށް ފޭބުން. މ. ސައިކަލުގައި އޭނާ ގެއަށް ޑްރޮޕް ކޮށްދިނެވެ. 9. ފުރޯއަކުން ނުވަތަ ވަޒަނަކުން ނުވަތަ ޖަހައިގެން ތިރާ/ތިރި ކޮށްލުން. 10. ދޫކޮށްލުން މ. ސިނގިރެޓް ބުޔުމުގެ އާދަ. ރައްޓެހިކަން ކަނޑައިލުން. މ. ރައްޓެއްސެއް ޑްރޮޕްކުރުން. 11. ޖުވާ ކުޅުމުގައި ފައިސާ ގެއްލުން. 12. ލަނޑެއް ޖެހުން/ދިނުން މ. ބޯޅަ މަތިން ޖަހައި ވައްޓާލައިގެން. ނ. dropper. drop by, drop in ލުއިގޮތަކަށް މީހަކަށް ޒިޔާރަތްކޮށްލުން. drop-kick ވެއްޓެމުންދާ ބޯޅަ ޖެހުން. drop off ނިދި އައިސްގެން ނިދުން. drop on a person މީހަކާ ދިމާއަށް އެއްޗެތި ގޮވުން ނުވަތަ އަދަބު ދިނުން. drop out ބައިވެރިވުން ނިމުމަކަށް އައުން. drop-out މަދަރުސާ ފަދަ ތަނަކުން ނުނިންމާ ވަކިވާ މީހެއް. drops ނ. ތިކިން މިނާ ބޭސް. drop scone ސަމުސަލަކުން ހޫނު ތަވަޔަކަށް ފުއް އޮއްސައިގެން ފިހާ ކުޑަ ފޮޅިއެއް/ކޭކެއް.
droplet
ޑްރޮޕްލިޓް. ނ. ކުޑަ ތިއްކެއް. (މ. ފެނުގެ).
droppings
ޑްރޮޕިންގްސް. ނ. ބައެއް ދޫންޏާއި ޖަނަވާރުތައް ބޮޑުކަމުދާ ތަކެތި.
dropsy
ޑްރޮޕްސީ. ނ. ފެން ދިޔައެއް ހަށިގަނޑުގައި އުފެދޭ ބައްޔެއް. ނއ. dropsical.
dross
ޑްރޮސް. ނ. . 1. މަޢުދަން (މ. ތިމަރަ) ވިރުވުމުން މައްޗަށް އަރާފައި ހުންނަ އެހެން މާއްދާތަކުގެ ފަށަލަ. ދަގުއި. 2. އެއްޗެއްގައި ހިމެނެން ނުޖެހޭ ބައި، ކުނި.
drought
ޑްރައުޓް. ނ. ވާރޭ ނުވެހިދާ ގިނަދުވަސްވާ މުއްދަތް. ޖަފާފު. ވާރޭ ތަދު ދުވަސްވަރު.
drove
ޑްރޮއުވް. ނ. 1. ތަނަކަށް ދާ ގެރިބަކަރީގެ ބޮޑު އައިނެއް. 2. ތަނަކަށް ދާ މީހުންތަކެއް. މ. droves of people.
drown
ޑްރައުން. ކ. 1. ފެނަށް ނުވަތަ އެހެން ދިޔައެއްގެ އެތެރެއަށް ލައި ނޭވާނުލެވޭގޮތް ހަދައިގެން މަރުވުން ނުވަތަ މަރައިލުން. ގެނބިގެން މަރުވުން ނުވަތަ ގަންބައިލައިގެން މަރައިލުން. 2. ކޯރު ބަންޑުންވުން. ބޮޑަށް ތެމުން. 3. ރާބޮއިގެން ހިތާމަތަކުގެ އަސަރުތައް ދުއްވައިލުން. މ. drown one’s sorrows. އެހެން އަޑަކުން ގަދަކޮށް އިވޭ އަޑެއް ފަނޑުކޮށްލުން.
drowse
ޑްރައުސް. ކ. ދެބައިކުޅަ އެއްބައި ނިދީގައިވުން. ދެބަދޭތެރެ ޖެހުން. ނއ. drowsy. ކއ. drowsily. ނ. drowsiness.
drub
ޑްރަބް. 1. ތަކުރާރުކޮށް ޖެހުން ނުވަތަ ތެޅުން. 2. މުބާރާތެއްގައި ބޮޑަށް ބަލިކޮށްލުން.
drudge
ޑްރަޖް. ނ. ދަށް ފެންވަރުގެ އަތުންފައިން ފޫހި މަސައްކަތް ކުރާ މީހެއް. —ކ. މިފަދަ މަސައްކަތް ކުރުން. ނ. drudgery.
drug
ޑްރަގް. ނ. 1. ބޭސްވެރިކަމުގައި ބޭނުންކުރާ އެއްޗެއް. 2. ނާރުތަކަށް އަސަރުކޮށް ހޭބުއްދި ގެއްލޭ، ޚާއްޞަކޮށް ދެވިހިފާ، ބޭހެއް. —ކ. 1. ކައިއުޅޭ ނުވަތަ ބޮއެ އުޅޭ އެއްޗަކަށް ޑްރަގް އެއް އެޅުން. 2. ޑްރަގް ދިނުން. ހަމަ ބުއްދި ގެއްލޭގޮތް ހެދުން. 3. ދެވިހިފައިފައިވާ މީހެއް ފަދައިން ޑްރަގް އިސްތިޢުމާލުކުރުން. drug on the market ގިނަ ނަމަވެސް މީހުން ބޭނުން ނުވާ އެއްޗެއް.
drugget
ޑްރަގިޓް. ނ. ތަޅުމުގައި އެޅުމަށް ބޭނުންކުރާ ރާޅު ފޮއްޗެއް.
druggist
ޑްރަގިސްޓް. ނ. ޑޮކްޓަރީ ބޭސް ވިއްކާ މީހެއް.
drugstore
ޑްރަގްސްޓޯރ. ނ. (އެމެރިކާގައި) ބޭސް ވިއްކާ ފިހާރައެއް. މިފަދަ ފިހާރަތަކުގައި ލުއި ކާނާ އާއި އެހެން ބާވަތްތައް ވެސް ވިއްކައެވެ.
Druid
ޑްރޫއިޑް. ނ. މާ ކުރީ ޒަމާނެއްގައި އިނގިރޭސިވިލާތުގެ އުތުރު ސަރަޙައްދުތަކުގައި އޮތް ދީނެއްގެ ފާދިރީއެއް.
drum
ޑްރަމް. ނ. 1. ވަށް އެތެރެ ހުސް ގުޅިއެއްގައި ނުވަތަ ހޮޅިގަނޑެއްގައި ހަމެއް ބާރަށް ދަމައިގެން ހަދައިފައި ހުންނަ މިޔުޒިކް ކުޅޭ އެއްޗެއް. ބެރު. 2. މި އިން ކިޔާ ބާވަތުގެ އަޑު. 3. ބެރު ފާޑަށް ހުންނަ ތަކެތި. މ. ފީފާ. 4. ކަންފަތުގެ އެތެރޭގައިވާ ތޫރި. —ކ. 1. ބެރުޖެހުން. 2. ބެރުޖަހާގޮތަށް އިނގިލިން މޭޒެއްގައި ނުވަތަ އެހެން އެއްޗެއްގައި ޖެހުން. 3. ތަކުރާރުކޮށް ތަމްރީނުދީގެން މީހެއްގެ ބޮލުގެ އެތެރެއަށް އެއްޗެއް ވެއްދުން. drum brake ބައެއް ސައިކަލު ފަދަ އެއްޗެތީގައި ހުންނަ ބުރަތްކެއް. މި ހުންނަނީ ތެއްޔެއް ފަދަ އެއްޗެއްގެ އެތެރޭގައި ފޮތިތަކެއް ޖެހޭގޮތަށެވެ. drum major ހަނގުރާމަ މަތީ ބޭންޑް ޕާޓީއެއްގެ ލީޑަރު. drum majorette ބޭންޑްގެ އަންހެން ލީޑަރު. drum up support ގަދަ މަސައްކަތުން ސަޕޯޓް ހޯދުން.
drummer
ޑްރަމަރ. ނ. ބެރުޖަހާ މީހެއް.
drumstick
ޑްރަމްސްޓިކް. ނ. 1. ބެރުގައި ޖަހަންގެންގުޅޭ ދަނޑިކޮޅު. 2. ކުކުޅެއްގެ ފައި (ފަލަމަސްގަނޑާއެކު). 3. މުރަނގަތޮޅި.
drunk
ޑްރަންކް. ނއ. ބަނގުރަލުގެ ސަބަބުން ބުއްދިފިލައިފައި ނުވަތަ ހޭބުއްދި ގޮސްފައި. drunk with success ކާމިޔާބުގެ ސަބަބުން ވަރަށް މަޖާވެފައި. —ނ. 1. މަސްތުވެފައިވާ މީހެއް. 2. ނުރަސްމީ ބަހުރުވައިން ރާބުޔުމުގެ ވަގުތުތަކެއް.
drunkard
ޑްރަންކަޑް. ނ. ގިނަ ގިނައިން ބަނގުރަލުން އަމަލުވެފައިވާ މީހާ. ޝަރާބީ.
drunken
ޑްރަންކަން. ނއ. 1. އަމަލުވެފައި. މަސްތުވެފައި. ގިނަ ގިނައިން މިޙާލަތުގައިވުން. 2. މަސްތުވެގެން ހުރެ. އެކަމުގެ ސަބަބުން. މ. drunken brawl. ކއ. drunkenly. ނ. drunkenness.
drupe
ޑްރޫޕް. ނ. އަނބުފަދައިން، އޮށެއްގެ ބޭރު ފަރާތުގައި ކައިއުޅޭ މަޑު ބައެއް އޮންނަ ބާވަތުގެ މޭވާ.
dry
ޑްރައި. ނއ. 1. ފެން ނުވަތަ ތެތްކަން ނެތް. މ. ޑްރައި ޤައުމަކީ ވާރޭ މަދު ޤައުމެއް.
dryad
ޑްރައިއެޑް. ނ. ޔޫނާނީ ފުލޯކު ވާހަކައިގައި، ފެނާއި ޖަންގަލީގައި އުޅޭ ޒުވާން އަންހެން ޖިންނިއެއް.
drystone
ޑްރައިސްޓޯން. ނއ. (ފާރާ މެދު) އިހުގެ މިސްކިތްތައް ހަދާފައި ހުންނަހެން، ސިމެންތި ނުވަތަ އުވަ ބޭނުން ނުކޮށް ގަލުން.
d.t.’s
ކުރުކޮށް delirium tremens ޑިލިރިއަމް ޓްރިމަންޒް. ބަނގުރަލަށް ދެވިހިފާފައިވާ މީހަކު ރާ ނުބުޔުމުން، ތުރުތުރު އަޅައި، ވާނުވާ ނޭނގި، ނުތަނަވެސްވާ ނަފްސާނީ ބައްޔެއް.
dual
ޑުއަލް. ނއ. ދެބައެއް ނުވަތަ ދެ އެއްޗެއް ހިމެނޭ. ނ. duality (ޑިއުއަލިޓި). dual carriage-way ދެކޮޅަށް ދުއްވާ މަގެއް. މިފަދަ މަގުގެ މެދުގައި ހުސްޖާގައެއް އޮންނާނެއެވެ. dual control މަތިންދާ ބޯޓާއި ބައެއް ކާރުގައި ހުންނަހެން ދެމީހުންނަށް ވެސް އުޅަނދު ދުއްވޭ ކޮންޓްރޯލްތައް ހަރުކޮށްފައިވާ. dual purpose ނއ. ދެބޭނުމަކަށް އެކަށީގެންވާ.
dub
ޑަބް. ކ. (dubbed, dubbing) 1. މީހަކަށް ”ނައިޓް“ ކިޔާ ލަޤަބެއް ދިނުމަށް އޭނާގެ ކޮޑުގައި ކަނޑިއަކުން ޖައްސާލުން. 2. ސަމާސާ ނަމެއް ދިނުން. ވަނަމެއް ދިނުން. 3. ފިލްމެއްގެ އަޑު އަލުން އެޅުން. ބައެއް ފަހަރު ތަފާތު ބަހަކުން މިކަން ކޮށްފާނެއެވެ.
dubbin
ޑަބިން. ނ. ދިބާޣުކުޅަ ހަން މަޑުކޮށް ފެނުން އަސަރުނުކުރާ ގޮތް ހެދުމަށް ބޭނުންކުރާ ގިރިހެއް.
dubious
ޑިއުބިއަސް. ޑޫބިއަސް. ނއ. ޝައްކު. ކަށަވަރު ނޫން. ކއ. dubiously.
Dublin
ޑަބްލިން. ނ. ރިޕަބްލިކް އޮފް އަޔަރލަންޑްގެ ވެރިކަންކުރާ ޝަހަރު.
ducal
ޑޫކަލް. ނއ. ޑިއުކް އަކަށް ނުވަތަ އޭނާގެ ބާރު އޮންނަ ސަރަހައްދަށް ނިސްބަތްވާ.
duchess
ޑަޗަސް. ނ. ޑިއުކްއެއްގެ އަންހެނުން (މިހާރު ހުވަފަތް ވެފައި ވިއަސް). މިފަދަ މީހަކާ އެއް ފެންވަރުގެ އަންހެނެއް.
duchy
ޑަޗީ. ނ. ޑިއުކް އެއްގެ ވެރިކަން އޮންނަ ސަރަޙައްދު.
duck
ޑަކް. ނ. 1. ފީނާ ދޫންޏެއް. އަސްދޫނި. 2. މީގެ ފިރިހެން އެތި. 3. އޭގެ މަސް ކާނާއެއްގެ ގޮތުގައި. 4. ނުރަސްމީ ބަހުރުވައިން “dear”. 5. ކުރިކެޓް ބެޓް ކުރާ މީހަކަށް 0 ލިބޭ ލިބުން. 6. ޑަކް ކުރާ ޙަރަކާތެއް. —ކ. 1. ފެނުގެ އެތެރެއަށް ބޯ ލައި ހިއްލައިލުން. މީހަކު ފެނުގެ އަޑިއަށް ލުން. 2. ޖެހިދާނެތީ ނުވަތަ ފެނިދާނެތީ ބޯ އަޑިއަށް ލުން ނުވަތަ ތިރިކުރުން. 3. ރެކުން. ކަމެއް ނުކުރުން. duck-boards ޚަންދަޤެއްގެ މަތީގައި ހުރަހަށް އަޅާ ލަކުޑި ވަގުތީ ކުރު ފާލަމެއް.
duck
ޑަކް. ނ. ގަދަ ކީއްތާނި ނުވަތަ އުއި ފޭރާމެއް. ducks މި ފޭރާމުގެ ފަޓުލޫނެއް.
duckling
ޑަކްލިން. ނ. އަސްދޫނީގެ ޅަ އެތި.
duckweed
ޑަކްވީޑް. ނ. ފެންގަނޑުގައި ހެދޭ ފަތުން ފަތްފަޅާ ބާވަތުގެ ގަހެއް.
duct
ޑަކްޓް. ނ. 1. ނަރު، ވައި، ގޭސް، ދިޔަ ފަދަ ތަކެތި ގެންދިއުމަށް ބޭނުންކުރާ ފަލަ ހޮޅިއެއް. 2. ހަށިގަނޑުގެ ދިޔަ ދަތުރުކުރާ ހިމަ ހޮޅިއެއް. މ. ކަރުނަ ޑަކްޓް. —ކ. ހޮޅިއެއް މެދުވެރިކޮށް ފޮނުވުން. ductless glands ޑަކްޓެއް ނެތި، ސީދާ ލޭގެ ތެރެއަށް ތަކެތި ފޮނުވާ ގުނަވަނެއް.
ductile
ޑަކްޓައިލް. ނއ. ނަރަށް ދެމޭ. މ. ރަތުލޮޔަކީ ނަރަށް ދެމޭ މަޢުދަނެއް.
dud
ޑަޑް. ނ. ނުރަސްމީ ބަހުރުވައިން ފޭކު، މަސައްކަތް ނުކުރާ، ބޭނުން ނުކުރެވޭ އެއްޗެއް.
dude
ޑިއުޑް. ނ. ރީތިކޮށް ހެދުން އަޅާ މީހާ. އެމެރިކާގައި ޗުއްޓީ ހޭދަކުރަން ރަށްފުށަށް ގޮސް އުޅެމުންދާ ޝަހަރެއްގެ/ސިޓީއެއްގެ މީހެއް.
dudgeon
ޑަޖަން. ނ. ނަފުރަތު. ގަދަ ރުޅިވެރިކަމުގެ އިޙްސާސް. މ. in high dudgeon.
duds
ޑަޑްސް. ނ. އަންނައުނު.
due
ޑިއު. ނއ. 1. ދަރަންޏެއް ނުވަތަ ކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި ދަރާފައިވާ. 2. ވަގުތުން އަދާކުރަން ޖެހޭ (ދަރަންޏެއް). it has become due 3. ޙައްޤު ނުވަތަ ލާއިޤް. ކުފޫ ހަމަވެގެންވާ. އެކަށީގެންވާ. މ. with due respect. 4. ތާވަލުކޮށްފައިވާ ގޮތުން ވާންޖެހޭ ނުވަތަ އަންނަ. މ. he is due to speak tonight. the ferry is due tomorrow. —ކއ. ބަރާބަރަށް. މ. travel due east. —ނ. މީހެއްގެ ޙައްޤެއް. މީހަކަށް ލިބެންޖެހޭ އެއްޗެއް. give the Devil his due = ކިތަންމެ ނުރުހުންވާ މީހާއަށް ވެސް އޭނާގެ ރަނގަޅު ކަމަކަށް ޤަދަރު ދޭށެވެ. in due course ރަނގަޅު ތަރުތީބުން. ރަނގަޅު ވަގުތުގައި. dues ދައްކަންޖެހޭ ފީއެއް ނުވަތަ ޓެކުހެއް. due to ވަކި ކަމެއް މެދުވެރިވާ ސަބަބު.
duel
ޑޫލް. ޑުއެލް. ނ. 1. ދެމީހަކު މުޤާބަލާކުރުން. ދެމީހެއްގެ ތަޅާފޮޅުމެއް. 2. ދެމީހަކުގެ ދެމެދުގައި އޮންނަ މުބާރާތެއް. —ކ. (duelled, duelling) ޑުއެލްގައި ހަނގުރާމަކުރުން.
duet
ޑޫއެޓް. ނ. ދެމީހަކު ކުޅޭ ގޮތަށް ލިޔެފައިވާ މިޔުޒިކެއް. ކ. ދެމީހަކު އެފަދަ އެއްޗެއް ކުޅުން.
duff
ޑަފް. ނއ. ނުރަސްމީ ބަހުރުވައިން ބޭކާރު، ބޭނުމެއް ނުކުރޭ. ފޭކު.
duffel
ޑަފްލް. ނ. ކެހެރިން ހަދާފައި ހުންނަ ރާޅު ފޭރާމެއް. duffel bag ނާޑުވާއަކުން ތުން ދަމައިގެން ބާރުކުރެވޭގޮތަށް ހުންނަ ކޮތަޅެއް/ދަބަހެއް. duffel coat މިފޮތިން ފަހާފައި ހުންނަ ފިނިއިރުލާ ކޯޓެއް. މިކޯޓުގެ ކުރިމަތީގައި ގޮށެއް ގޮތަށް ހުންނަނީ މަކުޑިއެވެ.
duffer
ޑަފަރ. ނ. ހުނަރުނެތް ނުވަތަ ސޭކު މީހެއް. (އޮސްޓްރޭލިއާގެ ބަހުރުވައިގައި ބިން ކޮނެގެން ރަނގަޅު މިންވަރަކަށް މަޢުދަން ނުފެންނަ މަޢުދަން ވަޅެއް).
dug
ޑަގް. ކ. ބަލާ dig.
dug
ޑަގް. ނ. ކިރުގެ ވައްގަނޑު.
dug-out
ޑަގް-އައުޓް. ނ. 1. ބިން ކޮނެގެން ހަދައިފައިވާ ހިޔާވައްސެއް. 2. ގަހެއްގެ ކަނދު ކޮނެގެން ހަދައިފައި ހުންނަ ދޯނި ނުވަތަ އުޅަނދު.
duke
ޑިއުކް. ނ. 1. ބައެއް ޤައުމުތަކުގެ “ބޭފުޅުންނަށް” ދޭ އެންމެ މަތީ ލަޤަބު. 2. ބައެއް ކުދި ޤައުމުތަކުގެ ވެރިފަރާތުގެ ލަޤަބު. dukedom މިފަދަ ފަރާތެއްގެ ބާރު އޮންނަ ސަރަޙައްދު ނުވަތަ އެ މަޤާމު.
dulcet
ޑަލްސިޓް. ނއ. އަޑު ހިތްގައިމު. ހިތްގައިމު.
dulcimer
ޑަލްސިމަރ. ނ. ވާން ނަރުތަކެއްގައި ދެ މަރުތޭލަކުން ޖަހައިގެން އަޑު ނެރޭ މިޔުޒިކު ކުޅޭ އެއްޗެއް.
dull
ޑަލް. ނއ. 1. އުޖާލާނޫން. އޮފުނެތް. ސާފުނޫން. 2. އެއްޗެތި ދެނެގަންނަން ލަސް. ސޭކު. 3. (ތަދާ މެދު) ތޫނު ނޫން. (އަޑާ މެދު) ހިތްގައިމު ނޫން. ކޮށި. 4. މަޖާ ނޫން. ޝައުޤުވެރިކަން ނުއުފައްދާ. ފޫހި. —ޑަލް ވުން ނުވަތަ ޑަލްކުރުން. ކއ. dully. ނ. dullness.
dullard
ޑަލާރޑް. ނ. ވިސްނުން ކޮށި މީހެއް.
duly
ޑިއުލި. ކއ. ރަނގަޅަށް ނުވަތަ ކަންކުރަންވީ ގޮތަށް.
dumb
ޑަމް. ނއ. 1. ވާހަކަ ނުދެއްކޭ. މަންމަން. 2. ވަގުތީ ގޮތުން ހަމަހިމޭން. was struck dumb ސިއްސައިގެން ގޮސް ނުވަތަ ހައިރާންވެގެން އަނގައިން ނުބުނެވޭ. 3. ނުރަސްމީ ބަހުރުވައިން. ވިސްނުންކޮށި. ކއ. dumbly. ނ. dumbness. dumb-bell ކަސްރަތުކުރަން ގުންގުޅޭ ދެކޮޅުގައި ބަރުއެލުވޭ ދަގަނޑެއް. dumb show ވާހަކަ ދެއްކުމެއް ނެތި ހަރަކާތުން ނުވަތަ އިޝާރާތުން (ތަމްސީލެއްގައި). dumb waiter ތައްޔާރު ކުރި ކާނާ ބަހައްޓަން ހުންނަ ހަރުގަނޑެއް ނުވަތަ އެފަދަ ތަކެތި ބުރިބުރިއަށް ގެންދާ ލިފްޓެއް.
dumbfound
ޑަމްފައުންޑް. ކ. އާސޯޚްވުން. ހައިރާންވެގެން ވާހަކަ ނުދެއްކޭވަރު ވުން.
dumdum bullet
ޑަމްޑަމް ބުލިޓް. ނ. ޖެހުމުން ކުރި ފެތުރޭގޮތަށް ހަދާފައި ހުންނަ ބަޑީގެ އުންނަ.
Dumfries and Galloway
ޑަމްފްރީސް އެންޑް ގެލޮވޭ. ނ. ސްކޮޓްލަންޑް ގެ ސަރަޙައްދެއް.
dummy
ޑަމި. ނ. 1. އަޞްލު ނޫން އެއްޗެއް. 2. ވިއްކުމަށް ހެދުން ލައްވާފައި ބަހައްޓާ ބުދެއް. 3. ކުޑަކުދިން ބޯ ތުން. 4. ތާސްކުޅޭއިރު، އަތްބައި ފެންނަހެން ބަހައްޓައިގެން ކުޅެން ޖެހޭ މީހާ. —ނއ. މަޞްނޫޢީ. ޙަޤީޤީނޫން. dummy run ޙަޤީޤީ ނޫން، އަޖުމަބެލުމުގެ ގޮތުން ކުރާ ކުރުމެއް.
dump
ޑަމްޕް. ކ. 1. ކުނީގެ ގޮތުގައި އުކާލުން. 2. ތަރުތީބެއް ނެތްގޮތަށް އޮއްސައިލުން. 3. ބޭނުން ނުވާ އެއްޗެއް ދޫކޮށްލުން. 4. ޤައުމުގައި ވިއްކާ ވަރަށް ވުރެ އަގުހެޔޮކޮށް ބޭރުގައުމެއްގައި އެއްޗެއް ވިއްކުން. —ނ. 1. ކުނިގޮނޑު. 2. ވަގުތީ ގުދަނެއް. 3. ނުރަސްމީ ބަހުރުވައިން ހިތްގައިމުނޫން ތަނެއް.
dumpling
ޑަމްޕްލިން. ނ. 1. މޭވާ ފަދަ ތަކެތި އެތެރެއަށް އަޅައި، ފެނުކައްކާފައި ނުވަތަ ފިހެފައި ހުންނަ ބަޖިޔާ ފަދަ ކާ އެއްޗެއް.
dumps
ޑަމްޕްސް. ނުރަސްމީ ބަހުރުވައިން ރޫޙް ގެއްލިފައި. in the dumps ރޫޙް ނެތި މޮޅިވެފައި.
dumpy
ޑަމްޕީ. ނއ. ކުރުވެފައި ފަލަ. ނ. dumpiness. dumpy level ސާވޭ ކުރުމުގައި ބޭނުންކުރާ ދުރުމީއެއް ހަރުކޮށްފައިވާ ރަހަ ފަތިގަނޑެއް.
dun
ޑަން. ނ. ނއ. އަޅި މުށިކުލަ.
dun
ޑަން. ކ. (dunned, dunning) ތަކުރާރުކޮށް ދަރަންޏެއް ދެއްކުމަށް އެދުން.
dunce
ޑަންސް. ނ. އުނގެނުމުގައި ލަސް، ފަސޭހައިން އެއްޗެތި ދަސްނުވާ މީހެއް.
Dundee cake
ޑަންޑީ ކެއިކް. ނ. އާމަންޑް ނުވަތަ ބަދަނުން ރީތިކޮށްފައިވާ ސަރުބީ ގިނަ ފުރުޓްކޭކެއް.
dune
ޑިއުން. ނ. ބޮޑު އުސް ވެލި ފުންޏެއް. މި ފަދަ ފުނިތައް ހުންނަނީ ސަހަރާ ތަކުގައެވެ.
dung
ޑަން. ނ. ޖަނަވާރުގެ ބޮޑުކަމު ދާތަކެތި. މ. cow dung ގެރިގުއި. dunghill ދަނޑެއްގައިވާ ގެރިގުއި ފުންޏެއް.
dungarees
ޑަންގަރީޒް. ނ. ކަފައުއި މަސައްކަތު ހެދުމެއް. މި ހެދުމުގައި ހަރުވާޅަކާއި މޭމަތީ ބައި ހުންނަނީ ގުޅުވައި ކޮޑުމަތިން ފީތާ ފަށަކުން ހިފާފައެވެ.
dungeon
ޑަންޖަން. ނ. ބިމުގެ އަޑީގައި ހަދައިފައިވާ ވަރުގަދަ ޖަލެއް.
dunk
ޑަންކް. ކ. 1. ރޮށި، ފާރޮށި ފަދަ އެއްޗެއް ކެއުމުގެ ކުރިން ރިހައަކަށް ޖަހާފަދައިން ދިޔައަކަށް އެ ބޭނުން. 2. ބާސްކެޓްބޯޅައިގައި، ވަށިގަނޑުގެ ތެރެއަށް ބަންދުގެ މަތިން އަތުން ޖަހާ ބޯޅަ ވައްޓާލުން.
Dunkirk
ޑަންކާކް. ނ. 1. ހަނގުރާމައެއް ފަދަ ކަމެއްގައި މުޅިން ބަލިވުމުގެ ކުރިން ފަހަތަށް ޖެހުން. (ޑަންކާކް ސްޕިރިޓް. Dunkirk spirit) މުޅިން މާޔޫސްވުމާއި ބަލިވެ ފަހަތަށް ނުޖެހުމުގެ ރޫޙް).
duo
ޑުއޯ. ޑިއުއޯ. ނ. ތަމްސީލު ނުވަތަ އެހެން އެއްޗެއް ކުޅޭ ދެމީހުން.
duodecimal
ޑުއޯޑެސިމަލް. ޑިއުއޯޑެސިމަލް. ނ. ނއ. ދޮޅަހުން/ބާރައިން ގުނާ. ގުނުމުގެ ނިޒާމުގައި 12 ބޭސްގެ ގޮތުގައި ހިމެނޭ. ދިވެހީން ކުރިން ވިޔަ ކުރަން ބޭނުންކުރީ މިގޮތް.
duodenum
ޑިއުޑީނަމް. ޑުއޯޑީނަމް. ނ. ބަނޑާ ގުޅިފައިވާ ކުޑަ ގޮހޮރުގެ ފުރަތަމަ ބައި. ނއ. duodenal.
duologue
ޑިއުއޮލޮގް. ޑުއޮލޮގް. ނ. ދެމީހެއްގެ ދެމެދުގައި ދެކެވޭ ވާހަކަ. އެވާހަކައިގެ ޑަޔޮލޮގް.
dupe
ޑޫޕް. ނ. މަކަރެއް ނުވަތަ ހީލަތެއް ދެވުނު މީހާ. އެކަން ލިބިގަން މީހާ. —ކ. މަކަރެއް ހީލަތެއް ހެދުން.
duplex
ޑޫޕްލެކްސް. ނއ. 1. ދެބައެއް ހިމެނޭ. 2. ދެ ބުރިއަށް ހުންނަ ފްލެޓް. އެއް ޢިމާރާތެއް މެދުން ބައިކޮށް ދެ ފްލެޓް/ގެ ހިމެނޭ.
duplicate
ޑިއުޕްލިކެޓް. 1. މުޅިން ވައްތަރު ދެއެތިން އެކަތި. މ. ކޮޕީއެއް. 2. އެހެން އެއްޗެއްގެ ފުރިހަމަ ކޮޕީއެއް. —ނއ. އެހެން އެއްޗަކާ މުޅިން ވައްތަރު. in duplicate މުޅިން ވައްތަރު ދެ ކޮޕީ.
duplicate
ޑިއުޕްލިކޭޓް. ކ. 1. އެހެން އެއްޗަކާ ވައްތަރު އެއްޗެއް ހެދުން ނުވަތަ އެފަދަ އެއްޗެއްގެ ކޮޕީއަކަށް ވުން. 2. ކަމެއް ތަކުރާރުކުރުން ނުވަތަ ދެފަހަރު ކުރުން. ނ. duplication.
duplicator
ޑިއުޕްލިކޭޓަރ. ނ. ލިޔުންތައް ކޮޕީކުރާ މެޝިނެއް.
duplicity
ޑިއުޕްލިސިޓި. ޑުޕްލިސިޓި. ނ. މަކަރުވެރިކަން. ހީލަތްތެރިކަން. ފެންނަ އަދި ހާމަކުރާ ގޮތާ ސީދާ އިދިކޮޅަށް ކަންކަން ކުރުން.
durable
ޑިއުރަބްލް. ނއ. ދެމި ހުންނަ، އަވަހަށް ކުނިނުވާ ނުވަތަ ހަލާކުނުވާ. ގިނަ ދުވަހު ހުންނަ. މަތީން. ކއ. durably. ނ. durability. durables ހަލާކުނުވާ މުދައު.
duration
ޑިއުރެއިޝަން. ނ. ކަމެއް ހިނގަމުންދާ މުއްދަތު. މ. duration of holiday ޗުއްޓީ ދުވަސްތަކުގެ މުއްދަތު.
duress
ޑިއުރެސް. ނ. އެއްޗެއް ހޯދުމަށް ބާރު ނުވަތަ ނިރުބަ ބޭނުންކުރާ ކުރުން. މަޖުބޫރީ ޙާލަތެއް. އިކުރާހު.
Durham
ޑަރހަމް. ނ. އިނގިރޭސިވިލާތުގެ ކައުންޓީއެއް.
during
ޑިއުރިން. (ދެ ޢިބާރާތެއް ގުޅުވަން ގެންގުޅޭ ލަފުޒެއް). މުއްދަތުގެ ތެރޭގައި. ކަމެއް ހިނގަމުންދާ އިރު. މ. during the rainy weather ވާރޭ ވެހޭ މޫސުމުގައި (އެ މޫސުން ހިނގަމުންދާއިރު).
dusk
ޑަސްކް. ނ. އިރު އޮށްސުމަށް ފަހު އޮންނަ އަލިކަމުގެ އެންމެ ފަހު ވަގުތު ކޮޅު.
dusky
ޑަސްކީ. ނއ. 1. ފަނޑު. މީހުން ހިޔަނީގެ ގޮތުގައި ފެންނަ ފަދަ އަލިމަޑު. 2. އަނދިރި، ކަޅު ކުލައެއްގެ. މ. މީހެއްގެ ހަންގަނޑު. ނ. duskiness.
dust
ޑަސްޓް. ނ. ކުނީގެ ކުޑިތައް. ހިރަފުސް. —ކ. 1. ކުޑި ނުވަތަ ހިރަފުސް ބުރުއްސުން. 2. ފުހެގެން ފަރުނީޗަރުން ނުވަތަ އެހެން ވެސް އެއްޗަކުން ހިރަފުސް ފިލުވުން. dust cover ހިރަފުސް ހިފައިފާނެތީ މަތީގައި އަޅާ ފޮތި ނުވަތަ އެހެންވެސް ފަށަލައެއް. dust jacket ފޮތްތަކުގެ ބޭރުގައިލާ ކަވަރު. dust-sheet ހިރަފުހުން ރައްކާތެރިކުރުމަށް ފަރުނީޗަރުގެ ބޭރުގައިލާ ކަވަރު. dust-up ނ. ނުރަސްމީ ބަހުރުވައިން، އަޑުގަދަ ޒުވާބެއް. ތަޅާފޮޅުމެއް. throw dust in a person’s eyes މީހަކަށް ޙަޤީޤަތް ނުފެންނަ ގޮތް ހެދުން މ. އެހެން ވާހަކަތަކެއް ދައްކައިގެން.
dustbin
ޑަސްޓްބިން. ނ. ގޭގައި އުފެދޭ ކުނި އަޅަން ގެންގުޅޭ ވަށިގަނޑު.
dustcart
ޑަސްޓްކާޓް. ނ. ގޭގައި ގެންގުޅޭ ނުވަތަ އެހެންވެސް ކުނި އުކާލުމަށް އެ އަރުވައިގެން ގެންދާ ގާޑިޔާ.
duster
ޑަސްޓަރ. ނ. ފަރުނީޗަރާއި އެހެން ތަކެތިން ހިރަފުސް ފުހޭ ފޮތިގަނޑު.
dustman
ޑަސްޓްމޭން. ނ. ރަށުގެ ވެރިފަރާތުން ގޭގައި އުފެދޭ ކުނި ގެންގޮސް އުކާލުމުގެ ޒިންމާ ހަވާލުކުރެވިފައިވާ މީހާ.
dustpan
ޑަސްޕޭން. ނ. ތަޅުމުން ނުވަތަ ބިންމަތިން ކުނި ނަގަން ގެންގުޅޭ ޖަސްތުގަނޑު.
dusty
ޑަސްޓީ. ނއ. 1. ހިރަފުސް ފަދަ. ހިރަފުސް ގިނަ. ހިރަފުސްވެފައިވާ. 2. (ކުލައާ މެދު) އަޅިދަޅައެއް ހުރި މ. ޑަސްޓީ ޕިންކް. ނ. dustiness. dusty answer އެދުމަކަށް އަވަހަށް ނޫނެކޭ ބުނެ ދޭ ޖަވާބު. dusty miller އަޅިކުލައެއްގައި ފަތްތައް ހުންނަ ރީނދޫ މަލެއް އަޅާ ގަހެއް. ޕްލާސްޓިކުން ނުވަތަ އެހެން އެއްޗަކުން ހަދާފައި ހުންނަ މަސް ބާނާ ވަދާ. not so dusty ނުރަސްމީ ބަހުރުވައިން އެކަށީގެންވާ ވަރަށް ރަނގަޅު.
Dutch
ޑަޗް. ނއ. ނެދަރލޭންސްގެ މީހުންނަށް، އެމީހުންގެ ބަހަށް ނުވަތަ އެ ޤައުމަށް ނިސްބަތްވާ. —ނ. ނެދަރލޭންޑްސް ގެ ބަސް. 2. the Dutch އެ ޤައުމުގެ މީހުން. Dutchman, Dutchwoman. Dutch auction މަތީ އަގެއް ކިޔުމަށް ފަހު، ގަންނާނޭ މީހެއް ވަންދެން އަގުތައް ތިރިކުރަމުންދާ ނީލަމެއް. Dutch barn ދެ އަރިމަތީގައި ޖަހާ މުޑިތަކުން ފުރާޅު ހިފަހައްޓާފައި ހުންނަ ބާވަތެއްގެ ހަރުގެއެއް. Dutch cap ބަލިވެ ނުއިނުމަށް ރަޙިމްގަ އަނގަ މަތީ އަޅާ އުނގުރިއެއް. Dutch courage ރާބޮއެ އަމަލުވުމުގެ ސަބަބުން ގެނުވާ ހިތްވަރާއި ކެރުން. Dutch elm disease އެލްމް ކިޔާ ބާވަތުގެ ގަހަށް ޖެހޭ، ފުރަތަމަ ނެދަރލޭންޑްސް އިން ފެނުނު ބައްޔެއް. Dutch oven ތަކެތި ފިހުމަށް ގެންގުޅޭ މަތިޖަހާފައި ހުންނަ ތެއްޔެއް. މިއީ ރާއްޖޭގައި ކުރިން ބޯކިބާ ފިހާ ތެއްޔާ ވައްތަރު އެއްޗެކެވެ. Dutch treat ތަނަކަށް މަޖަލަކަށް ދާއިރު، ހިނގާ ޚަރަދުތައް ކޮންމެ މީހަކު އަމިއްލައަށް ކުރާ އުޞޫލު. go Dutch ބޭރަށް ދާއިރު، ޚަރަދުތައް ބައިވެރީންނަށް ބަހާލުން. talk like a Dutch uncle މީހަކަށް އެއްޗެތި ކިޔާއިރު އޯގާތެރިކޮށް ނަސޭހަތުގެ ގޮތުން ނަމަވެސް ހަރޮށިކޮށް ކިޔުން.
dutch
ޑަޗް. ނ. ދަމާގާޑިޔާގައި އެއްޗެތި ވިއްކާ މީހުންގެ ބަހުރުވައިގައި އަނބިމީހާ.
dutiable
ޑިޔޫޓިއަބްލް. ނއ. ކަސްޓަމްގެ ނުވަތަ އެހެންކަމެއްގެ ޓެކްސް ދައްކަންޖެހޭ.
dutiful
ޑިއުޓިފުލް. ނއ. ޑިއުޓީ އަދާކުރާ. ޒިންމާ ނުވަތަ މަސްއޫލިއްޔަތު ފުރިހަމަކުރާ. ކިޔަމަންތެރިކަން ހާމަކުރާ. ޖަވާބުދާރީވާ. ކއ. dutifully.
duty
ޑިއުޓި. ނ. 1. ޤާނޫނީ ނުވަތަ އަޚްލާޤީ މަސްއޫލިއްޔަތެއް. ފަރުޟު. ވަޒީފާ. 2. ނިންމަންޖެހޭ މަސައްކަތެއް. މީހަކު އަދާކުރަންޖެހޭ ޒިންމާއެއް. 3. ބައެއް ބާވަތުގެ މުދަލުން ނުވަތަ ޤައުމަށް އެތެރެކުރާ މުދަލުން ދައްކަންޖެހޭ ވާރެއް. do duty for އެހެން މީހެއްގެ ޑިއުޓީއެއް އަދާކޮށްދިނުން. in duty bound ޑިއުޓީގެ ސަބަބުން ބަނދެވިގެންވާ. on/off duty މީހާ ޢާއްމުކޮށް ކުރަންޖެހޭ މަސައްކަތުގައި މި ހިނދު އުޅެމުން ދާ/ނުދާ.
duvet
ޑޫވޭ. ނ. ގައިމަތީ އަޅާ ބެޑްޝީޓްގެ ބަދަލުގައި ބޭނުންކުރާ މަޑު ލުއި ރަޖައެއް.
dwarf
ޑްވޯފް. ނ. ނ. 1. ޢާއްމު ސައިޒަށް ވުރެ މާ ކުޑަ/ކުރު މީހެއް، ގަހެއް ނުވަތަ ޖަނަވާރެއް. 2. ބައެއް ވާހަކަ ތަކުގައި އުޅޭ ޖާދުވީ ބާރުތަކެއް ލިބިފައިވާ ކުޑަ މީހެއް. —ކ. 1. ދިގުވިޔަ، ބޮޑުވިޔަ ނުދިނުން. 2. ބަލާ ދުރުމިނުން ނުވަތަ ކުރަހާ ގޮތުން އެއްޗެއް ކުޑަކަމަށް ދެއްކުން. ނއ. ކުޑަ ވައްތަރު (މ. ޖަނަވާރެއްގެ).
dwell
ޑްވެލް. ކ. (dwelt, dwelling) ވަޒަންވެރިވެގެން އުޅުން. dwell on އެއްޗަކާ މެދު ދިގުކޮށް ވާހަކަ ދެއްކުން، ލިޔުން، ވިސްނުން. ނ. dweller.
dwelling
ޑްވެލިން. ނ. ދިރިއުޅޭ ގެއެއް. ހިޔާވަހި. dwelling-house ދިރިއުޅެން ބޭނުން ކުރާގެ (ފިހާރައެއް ގުދަނެއް ނޫން).
dwindle
ޑްވިންޑްލް. ކ. ލަސްލަހުން ކުޑަވުން ނުވަތަ މަދުވުން. މ. ޝޯއެއް ބަލަންދާ މީހުންގެ ޢަދަދު.
dye
ޑައި. ކ. (dyed, dyeing) 1. ކުލަ ޖެއްސުން، ޚާއްޞަކޮށް ދިޔައެއްގެ ތެރެއަށް ފޭރާން ބާނައިގެން. ރަންގުކުރުން. 2. ކުލަ ހިފުން. މ. މި ފޮތި ރަނގަޅަށް ޑައި ކުރެވެއެވެ = މިފޮތީގައި ކުލަ ރަނގަޅަށް ހިފައެވެ. —dye ނ. 1. (މ. ފޮތީގައި ޖައްސާ) ކުލަ. ރަންގު. 2. ކުލަޖެއްސުމުން ޖެހޭ ކުލަ. ނ. dyer.
Dyfed
ޑުވިޑް. ނ. ވޭލްސްގެ ކައުންޓީއެއް.
dying
ޑައިން. ބަލާ die.
dyke
ޑައިކް. ބަލާ dike.
dynamic
ޑައިނަމިކް. ނއ. 1. ކޮށްޕުމެއްގެ ނުވަތަ ބާރެއްގެ ސަބަބުން، އެއްޗެއް ހަރަކާތްކުރުމާ ބެހޭ. (static ގެ އިދިކޮޅު). 2. ހަރުދަނާ ސަޚްޞިއްޔަތެއް ހުރި. ހަރަކާތްތެރި. ކއ. dynamically. ނ. dynamics. ތަކެތި ހަރަކާތްތެރިކުރާ ބާރާ ބެހޭ ސައިންސްގެ/ފިޒިކްސްގެ ގޮފި.
dynamite
ޑައިނަމައިޓް. ނ. 1. ނައިޓްރޯގްލައިސަރިން އާއި މައްޓަކާ އެއްކޮށްގެން އުފައްދާ ބާރުގަދަ ގޮވާ އެއްޗެއް. 2. ނުރައްކާތެރި އަދި ބޮޑު ނަތީޖާއެއް މެދުވެރިކޮށްފާނެ އެއްޗެއް. މ. ކަޝްމީރުގެ ވާހަކައަކީ ޑައިނަމައިޓް. 3. ނަތީޖާ ނެރެވޭ ހަރަކާތްތެރި މީހެއް ނުވަތަ އެއްޗެއް. —ކ. ޑައިނަމައިޓް ހަރުކުރުން، އެ ގޮއްވާލުން.
dynamo
ޑައިނަމޯ. ނ. ލޯނަރު ކޮއިލްތަކެއް ދަގަތްފާނު ދަނޑެއްގައި އަނބުރައިގެން ކަރަންޓު އުފައްދާ މެޝިނެއް. human dynamo މުރާލި ހަރަކާތްތެރި މީހެއް.
dynasty
ޑިނަސްޓި. ނ. ވާރުތަވަމުންދާ ވެރިކަމުގެ އާއިލާއެއް. ޚާންދާން. ސިލްސިލާ.
dysentery
ޑިސެންޓްރި. ނ. ގޮހޮރު ދުޅަވުމުގެ ސަބަބުން ބޮޑަށް ބޭރަށް ހިންގުންޖެހޭ ބައްޔެއް.
dysfunction
ޑިސްފަންކްޝަން. ނ. ރަނގަޅަށް ފުރިހަމައަށް އެއްޗެއް ނުވަތަ ކަމެއް މަސައްކަތްކުރުން ފޭލިވުން (މަސައްކަތް ނުކުރުން). ނއ. dysfunctional.
dyslexia
ޑިސްލެކްސިއާ. ނ. ސިކުނޑީގެ މައްސަލައެއްގެ ސަބަބުން ކިޔުމަށާއި ލިޔުމަށް އާދަޔާ ޚިލާފަށް ދަތިވާ ބައްޔެއް. ނ. ނއ. dyslexic.
dyspepsia
ޑިސްޕެޕްސިއާ. ނ. ބަނޑުގެ ހަޖަމުގޯސްވުން. މެއިންދިލަނެގުން. dyspeptic ނއ. މި ކަމުގެ ސަބަބުން އުނދަގޫވާ ނުވަތަ މިބަލިޖެހިފައިވާ.
dystrophy
ޑިސްޓްރޮފި. ނ. މަޑުމަޑުން މަސްތަކުގެ ބާރު ދެރަވަމުންދާ ވާރުތާ ބައްޔެއް.
