.

BR

ބީއާރ. British Rail.

bra

ބްރާ. ނ. އަންހެނުންގެ އުރަމަތި ހިފެހެއްޓުމަށް ހެދުން ދަށުން މޭގައި އައްސާ ފޮތި ބަންދެއް. ކުރިކޮށް brassiere.

brace

ބްރެއިސް. ނ. 1. އެއްޗެއް ވަކި ތަނަކު ހިފެހެއްޓުމަށް ބޭނުންކުރާ ދައްޗެއް ނުވަތަ އެހެން ވެސް އެފަދަ އެއްޗެއް. އޮއްޓު. ކައްތިރި. ބުރަފަތި ކައްތިރި. 2. ދެ އެތި. —ކ. އެއްޗެއްގެ ބާރު ގަދަކުރުން ނުވަތަ ހިފެހެއްޓުން. އޮއްޓުއެޅުން. ކައްތިރިކުރުން. —ނ. braces. brace up brace oneself އަންނަ އެތިފަހަރެއް ލިބިގަންނަން ތިމާ ހުރިގޮތް ހަރުދަނާ ކުރުން. braces ދަތްތައް ވަކި ގޮތަކަށް ހިފެހެއްޓުމަށް ބޭނުންކުރާ އޮއްޓު. ފަޓުލޫނު ތިރިވިޔަ ނުދޭން ދެކޮޑުމަތިން ފަޓުލޫނާ ގުޅާ ދެ ފީތާ ނުވަތަ ވަދު.

bracelet

ބްރެއިސްލަޓް. ނ. އަތުގައި ނުވަތަ އަތްދަނޑީގައި އަޅާ ގަހަނާ. އަތު ކެވެލި، ތަނޑި، އުޅާ.

bracing

ބްރެއިސިން. ނއ. ހަށިގަނޑަށް ނުވަތަ ރޫޙަށް ތާޒާކަމާއި ބާރު ލިބޭ. ނ. (ބުރަފަތި) ކައްތިރި. (މ. މޫސުން). We went for a bracing walk on the beach

bracken

ބްރެކަން. ނ. ފެންގަނޑުގެ ކައިރީގައި ހެދޭ ބޮޑު ކީސްފިލާ. މީގެ ބައިވަރު.

bracket

ބްރެކިޓް. ނ. 1. ތެދަށް ހުރި އެއްޗަކުން ބޭރަށް އެއްޗެއް ހިފާ މަކުޑި. 2. އިބާރާތެއް ނުވަތަ ޢަދަދުތަކެއްގެ ދެކޮޅުގައި ޖަހާ މި މިފަދަ ނިޝާނެއް () {} []. ގައުސް. 3. ވަކި މިންގަނޑެއްގެ ތެރޭގައި ހިމެނޭ ގްރޫޕް. މ. income bracket ދެ ޢަދަދެއްގެ ދެމެދު މިންވަރުގެ އާމްދަނީ ލިބޭ ގްރޫޕް. —ކ. 1. ބްރެކެޓެއްގެ ތެރޭގައި ހިމެނުން. 2. އެއްވަރުކަމަށް ނުވަތަ ގުޅުން ހުރިކަމަށް ދެއްކުން. އެއްޗެއް ހުރި ދުރުމިން ބަލަން އެއަށް ވުރެ ގާތަށް އަދި ދުރަށް ބަޑިޖެހުން.

brackish

ބްރެކިޝް. ނއ. ކުޑަކޮށް ލޮނުކަން ހުރި. (މ. ފެން)

bract

ބްރެކްޓް. ނ. ބައެއްބާވަތުގެ ގަހުގައި ހުންނަ ފަތަކާ ވައްތަރު ބައެއް. ބައެއް ފަހަރު މި ހުންނަނީ ވަރަށް ގަދަ ކުލަތަކުގައެވެ. މ. ބޫގަންވިލިއާގެ ބްރެކްޓް.

bradawl

ބްރެޑްލް. ނ. ލޯވަޅު އެޅުމަށް ބޭނުންކުރާ އެއްކޮޅުގައި މުއްގަނޑުލީ އަނެއްކޮޅުގައި ކައްޓެއް ހުންނަ އިސްކުރު އަނބުރާ ކަށިގަނޑެއްގެ ގޮތަށް އޮންނަ އާލަތެއް.

brae

ބްރޭ. ނ. ސްކޮޓްލަންޑްގައި ބޮޑު އުސްފަސްގަނޑެއްގެ އަރިމައްޗަށް ކިޔާނަމެއް.

brag

ބްރެގް. ކ. ފޮނިކެނޑުން. ތިމާގެ މޮޅުކަމުގެ ވާހަކަ ދެއްކުން.

braggart

ބްރެގާޓް. ނ. އަމިއްލައަށް ތިމާގެ މޮޅުކަމުގެ ވާހަކަ ދައްކާ މީހެއް.

brahmin

ބްރާމިން. ނ. ހިންދީންގެ ދީނީ ޢިލްމުވެރިންގެ ފަންތި.

braid

ބްރެއިޑް. ކ. 1. ގަތާފައި އޮންނަ ފަށެއް ނުވަތަ އެފަދަ އެއްޗެއް. ހިރު. 2. ގަތާފައި އޮންނަ އިސްތަށިގަނޑެއް. —ކ. 1. (އިސްތަށި) ގެތުން. ކަސަބުން ނުވަތަ ފީތާއިން ވިޔުން.

Braille

ބްރޭލް. ބްރެއިލް. ނ. އިނގިލި ޖައްސައިގެން ކިޔަން އެނގޭގޮތަށް އުފުއްލާފައި ހުންނަ އުންތަކަކުން ތަކެތި ލިޔާ ނިޒާމެއް. —ކ. މިގޮތަށް ލިޔުން. މި ނަން ކިޔާފައިވަނީ މި ނިޒާމު އުފެއްދި ލުއި ބްރޭލް ގެ ނަމަށް ނިސްބަތްކޮށެވެ.

brain

ބްރެއިން. ނ. 1. ނާރުތައް ގުޅައިދޭ ބޮލުގައިވާ ސިކުނޑި. ދިމާޣު. 2. ބުއްދި. ފިކުރު. —ކ. ބޮލުގައި އެތިފަހަރެއް ޖަހައިގެން މަރައިލުން. brain-child މީހެއްގެ އީޖާދެއް ނުވަތަ އުފެއްދުމެއް ނުވަތަ ރޭވުމެއް. brain drain ޤައުމެއްގެ ބުއްދިވެރި، ހުނަރުވެރި މީހުން އެހެން ޤައުމަކަށް ހިޖުރަކުރުން. brains trust މުނި ފޫހިފިލުވުމުގެ ގޮތުން އެކި ސުވާލުތަކަށް ޖަވާބުދޭ ޖަމާޢަތެއްގެ މީހުން.

brainless

ބްރެއިންލަސް. ނއ. އަނދޮޅު. ސޭކު.

brainstorm

ބްރެއިންސްޓޯމް. ނ. 1. ކުއްލިއަކަށް ސިކުނޑިއަށް އަންނަ ހެލުމެއް. 2. ޔޫ.އެސް.ގެ ބަހުރުވައިގައި ކުއްލިއަކަށް އަންނަ މޮޅު ޚިޔާލެއް. —ކ. ޖަމާޢަތަކުން މާބޮޑަށް ވަކި ކަމަކާ މެދު ފުންކޮށް ނުވިސްނާ މައްސަލައަކާ މެދު ނެރެވޭނޭ ތަފާތު އެތައް ޙައްލުތަކެއް ތަދުބީރުކުރުން.

brainwash

ބްރެއިންވޮޝް. ކ. ފިކުރަށް ދަތިކޮށްގެން، މީހަކު ކުރިން ޤަބޫލުކުރި ކަންތައްތަކުން އޭނާ ދުރުހެލިކޮށް، އައު ކަންތައްތަކަކަށް އީމާންވާ ގޮތް ހެދުން.

brainwave

ބްރެއިންވޭވް. ނ. 1. ސިކުނޑީގައި ދަތުރުކުރާ ކަރަންޓު ރާޅެއް/އަސަރެއް. 2. ކުއްލިއަކަށް ހިތަށް ގެނެވޭ މޮޅު ޚިޔާލެއް.

brainy

ބްރެއިނީ. (brainy, brainiest) ނއ. ބުއްދި ގަދަ. ހިތްއަލި. ވިސްނުން ގަދަ.

braise

ބްރެއިސް. ނ. މަޑު ގިނީގައި ލަސްލަހުން ވަރަށް މަދު ފެން ބޭނުން ކޮށްގެން މަތިޖަހައި އެއްޗެއް ކެއްކުން.

brake

ބްރެއިކް. 1. އެއްޗެއްގެ ދުވެލި މަޑުކުރާ ނުވަތަ ދުވުން ހުއްޓުވާ އާލަތެއް. ބުރަކި. 2. މި އާލަތް މަސައްކަތްކުރުވާ ފިޔަވަޅު، އޮބާ އަތްގަނޑު ނުވަތަ އެފަދަ އެތި. —ކ. މި ބޭނުންކޮށްގެން ހުއްޓުވުން ނުވަތަ މަޑުކުރުވުން.

brake

ބްރެއިކް. ނ. ގާތްގާތުގައި އޮލަކޮށް ގަސްހެދިފައިވާ ވައު ތަނެއް.

bramble

ބްރެމްބްލް. ނ. ތިރިން އޮފިފަޅައިގެން ހެދޭ ކަށި ހުރި އޮފި ހުންނަ ކުދި ޖޭމުތަކެއް އަޅާ ގެއްސެއް.

bran

ބްރޭން. ނ. އޮށްޓަރުގެ އެތެރޭ ތޮށި. ނުކަ. ބައެއް ފުއް މުގުރާއިރު، މ. ގޮދަނުން، މިތޮށިގަނޑު ނަގައެވެ. ނަމަވެސް ތޮށީގައި ބޭނުންތެރި މާއްދާތައް ގިނައިން ހުންނާތީ ބައެއް ބާވަތުގެ ފުއް މުގުރަނީ މި ތުނި ތޮއްޓާއެކުއެވެ. ބްރޭންއަކީ އޮށްޓަރުގެ ބޭރު ތޮއްޓެއް ނޫނެވެ. ބޭރު ތޮއްޓަކީ ހަޖަމުވާ އެއްޗެއް ނޫނެވެ.

branch

ބްރާންޗް. ނ. 1. އަތުން އިނގިލިތައް ހުންނަ ގޮތަށް ގަހެއްގައި ހުންނަ ބައިތައް. ގޮފި. އޮފި. 2. ކޯރެއް، މަގެއް ނުވަތަ ރޭލެއް ފަދަ އެއްޗެތީގެ މިފަދަ ބައެއް. 3. މާއްދާއެއްގެ، ނުވަތަ ވާހަކަ ދައްކާ ބަހުގެ ނުވަތަ އާއިލާއެއްގެ ގޮތްޕެއް. 4. ބޮޑު ކުންފުންޏެއް، ފިހާރައެއް، މުއައްސަސާއެއް ފަދަ ތަނެއްގެ ގާތުގައިވާ ގޮތްޕެއް. —ކ. އޮފި ފެޅުން. ގޮތްޕަށް ބައިބައިވުން. branch off މައި ރާސްތާ ދޫކޮށް ކުޑަ މަގެއް ހިފުން. branch out އައު ބާވަތެއްގެ ޙަރަކާތެއް (މ. މަސްވިއްކާ ފިހާރައަކުން އެހެން އެއްޗެއް ވިއްކުން ފަދަ ކަމެއް) ފެށުން.

brand

ބްރޭންޑް. ނ. 1. ވިޔަފާރީގެ މަރުކާއެއް. ވަކި އުފެއްދުމެއްގެ ތަކެތި. 2. ހޫނު ދަގަނޑަކުން ޖަހާ މަރުކާއެއް ނުވަތަ ފާހަގައެއް (މ. ގެރި ފާހަގަ ކުރުމަށް). 3. ހުޅު ރޯވެފައިވާ ނުވަތަ އަނދައިފައިވާ ދަރު ނުވަތަ ދެލި. —ކ. 1. ހޫނު ދަގަނޑަކުން މަރުކާ ޖެހުން. ވިޔަފާރީގެ ނިޝާނެއް ޖެހުން. 2. ނުބައި ނަމެއް ދިނުން. މ. he was branded a thief އޭނާއަކީ ވަގެއް ކަމަށް ކަނޑައަޅައިފިއެވެ. brand-new މުޅިން އައު. އެއްވެސް ގޮތަކަށް ބޭނުންކޮށްފައި ނުވާ.

brandish

ބްރޭންޑިޝް. ކ. އެއްޗެއް (އެއިން ޖަހާފާނެ ގޮތަކަށް) ހޫރުވުން. ދެއްކުމަށް (ދިދައެއް ފަދަ އެއްޗެއް) ހޫރުވުން.

brandling

ބްރޭންޑިލިން. ނ. އެމުގެ ގޮތުގައި ބޭނުންކުރާ ރަތް ބަންދު ޖެހި ކިލާފަތްޏެއް.

brandy

ބްރޭންޑި. ނ. ޥައިން އިން ނުވަތަ މޭވާ ޖޫސްއިން އުފައްދާ ބާރުގަދަ ރަލެއް. brandy-snap ހަވާދުގެ ބާވަތްތަކުން ރަހަ ޖައްސާފައި ހުންނަ ޕާން ފުށުގެ ފޮޅި އެއްޗެއްގައި އޮޅައިގެން ފިހެފައި ހުންނަ ތުނި ބިސްކޯދު.

brash

ބްރޭޝް. ނއ. ޙަޔާތްކުޑަ ގޮތަކަށް ތިމާވަރު ނެތްކަމަށް ފެންނަ. 2. ޖެހިލުން ކުޑަ. ކއ. brashly. ނ. brashness.

Brasilia

ބްރާޒީލިއާ. ބްރެޒީލިއާ ނ. ބްރޭޒިލްގެ ވެރިކަން ކުރާ ޝަހަރު ނުވަތަ ސިޓީ.

brass

ބްރާސް. ނ. 1. ރަތުލޯ އާއި ޒިންކު (ކަލައު) އެއްކޮށްގެން އުފައްދާ ރަންކުލައިގެ މަޢުދަނެއް. ރަންވަންލޯ. 2. އޯކެސްޓްރާއެއްގައި ކުޅެން ގެންގުޅޭ މި މަޢުދަނުގެ މިޔުޒިކް ސާމާނު. 3. ބްރާސް އިން ހަދައިފައިވާ އެއްޗެއް. 4. ހަނދާނަކަށް ކަނޑައިނަގައި ތަންތަނުގައި ހަރުކުރާ ހަނދާނީ ފިލާ ނުވަތަ ލައުހު. 5. ނުރަސްމީ ބަހުރުވައިން ފައިސާ 6. ލަދުނެތުން 7. މަތީ ފަންތީގެ އޮފިޝަލުން. މ. top brass އެންމެ މަތީ އޮފިސަރުން (ސަރުކާރުގެ ނުވަތަ އެހެންވެސް ބައެއްގެ). —ނއ. ބްރާސް މަޢުދަނުން ހަދައިފައިވާ. brass band ރަންވަންލޯ ސާމާނާއި އެއްޗެއްގައި ތަޅައިގެން ކުޅޭ ސާމާނު ހިމެނޭ މިޔުޒިކް ގްރޫޕެއް. brass-rubbing ހަނދާނީ ފިލާތަކުގައި ކަރުދާސް ޖައްސައި ފަންސުރު އުނގުޅައިގެން ނަކަލު ނެގުން. get down to brass tacks ޢަމަލީ ކަންތައްތައް ނުވަތަ ތަފްޞީލުތައް ވިސްނައިގަތުން.

brasserie

ބްރެސަރީ. ނ. ބިއަރު ވިއްކައި ބޮއެ ހަދާ ތަނެއް ނުވަތަ ރެސްޓޯރަންޓް އެއް.

brassiere

ބްރެސިއަރ. ނ. ބަލާ bra.

brassy

ބްރާސީ. ނއ. 1. އަޑުން ނުވަތަ ފެންނަ ފެނުމުގައި ރަންވަންލޯގެ ސިފަ ހުރި. 2. ޖެހިލުން ކުޑަކަމާއެކު ނިޔަނެތިކަން ނެތް. ނ. brassiness.

brat

ބްރެޓް. ނ. ހުތުރު ބަހުން ކުޑަކުދިން.

bravado

ބްރަވާޑޯ. ނ. ޖެހިލުންކުޑަކަން ދައްކާ ދެއްކުން.

brave

ބްރެއިވް. ނއ. 2. ނުރައްކަލާއި ތަދަށް ކެތް ގަދަ ވެފައި އެކަމާ ކުރިމަތިލުމުގެ ސިފަހުރި. ކެރޭ. ބަހާދަރު. ޝުޖާޢު. ސާހަސީ. 2. ލޮލަށް ހިތްގައިމު. މ. a brave show of roses. —ނ. އެމެރިކާގެ އަޞްލު އަހުލުވެރީންގެ ހަނގުރާމަވެރިއެއް. —ކ. ކެތްތެރިކަމާއެކު ޤަރާރުވެހުރުން ނުވަތަ ކުރިމަތިލުން. ކއ. bravely. ނ. bravery.

bravo

ބްރާވޯ. ނ. ހައިރާންކަމާ އެކު ސާބަސް، “ތި ހެދީ ރަނގަޅަށް މޮޅަށް” މި މާނައިގައި ބުނާ ލަފުޒެއް.

brawl

ބްރޯލް. ނ. އަޑުގަދަ އަރައިރުމެއް ނުވަތަ ތަޅައިފޮޅުމެއް. —ކ. ބްރޯލް އެއްގައި ބައިވެރިވުން.

brawn

ބްރޯން. ނ. 1. ހަށިގަނޑުގެ މަސްތަކުގެ ވަރުގަދަކަން ނުވަތަ ބާރު. 2. ކައިއުޅޭ ޖަނަވާރެއްގެ (މ. ބަކައްޓެއްގެ) ބޯ، ފެނުކައްކައި، ކޮށައި، ތައްގަނޑަކަށް އަޅައިގެން އުފައްދާ ކާނާއެއް.

brawny

ބްރޯނީ. (brawnier, brawniest) ނއ. ގަދަ އަދި ގަދަ ބާރު ހުރި މަސްޖަހާފައި.

bray

ބްރެއި. ނ. ހިމާރެއްގެ ހޭރުމުގެ އަޑު. މިއަޑާ ވައްތަރު އަޑެއް. —ކ. މިއަޑު ލެއްވުން ނުވަތަ ލެވުން.

brazen

ބްރޭޒަން. ނއ. 1. ރަންވަންލޯއިން ހަދައިފައިވާ ނުވަތަ އެއާ ވައްތަރު. 2. ލަދެއް ހަޔާތެއް ނެތް. —ކ. brazen it out ހުތުރު ނުވަތަ ގޯސްކަމެއް ކުރުމަށް ފަހު އެފަދަ ކަމެއް ނުކުރާ ކަމަށް ހެދިގެން އެ ގޮތަށް އުޅުން.

brazier

ބްރޭޒިއަރ. ނ. އަލިފާން އަޅަން ގެންގުޅޭ ދަގަނޑު ވަށިގަނޑެއް ފަދަ ކަންވާރެއް. މުޖުމަރާ.

Brazil

ބްރެޒިލް. ނ. ދެކުނު އެމެރިކާ ގައިވާ ޤައުމެއް. Brazil nut ދެކުނު އެމެރިކާގައި ގިނައިން ހެދޭ ގަހެއްގައި އަޅާ ބަދަން ފާޑަށް ހުންނަ ތިން އަރިއަށް ހުންނަ މަދެއް. ނ. ނއ. Brazilian

Brazzaville

ބްރެޒަވީލް. ނ. ކޮންގޯގެ ވެރިކަންކުރާ ސަހަރު ނުވަތަ ސިޓީ.

breach

ބްރީޗް. ނ. 1. އެއްބަސްވުމަކާ ޚިލާފުވުން ނުވަތަ ގަވާއިދަކާ ނުވަތަ ޤާނޫނަކާ ޚިލާފުވުމުގެ ޢަމަލު. 2. ބަޔަކާ ނުވަތަ ކަމަކާ ގުޅުން ކަނޑައިލުމުގެ އަމަލު. 3. ހަލާކުވެފައިވާ ތަނެއް ނުވަތަ ފާރެއް ފަދަ ތަނެއްގައިވާ ބާގަނޑެއް، ޖާގައެއް. —ކ. ފޫއަޅުވައިލުން. ބާގަނޑެއް ހެދުން. ޤާނޫނަކާ ނުވަތަ އެއްބަސްވުމަކާ ޚިލާފުވުން. step into the breach ދަތި ޙާލަތެއްގައި ނުވަތަ މައްސަލައެއްގައި އެހީތެރިވުން.

bread

ބްރެޑް. ނ. 1. ފުއް މޮޑެ ފިހެގެން، ގިނަ ފަހަރު ކަމީރު އަޅައިގެން ހަދާ ކާނާއެއް. ޕާން. 2. ނުރަސްމީ ބަހުރުވައިން ފައިސާ. breadcrumbs ކާތަކެތި ހެދުމަށް ބޭނުންކުރާ، ފިހެފައިވާ ޕާނުގެ ކުނޑި. ފާރޮށި ކުނޑި. breadedނއ. ވަށައިގެން ފާރޮށިކުނޑި އުނގުޅައިފައިވާ. bread-fruit ހޫނު ސަރަޙައްދުތަކުގައި ހެދޭ ބޮޑު މޭވާއެއް އަޅާ ގަހެއް. މި މޭވާގެ އެތެރެ ހުންނަނީ ޕާނުގެ އެތެރޭގައި ހުންނަ ކުލައިގައެވެ. ބަބުކެޔޮ. bread-winner އާއިލާއެއް ބެލެހެއްޓުމުގެ ޚަރަދުތައް ބަލަހައްޓާ ނުވަތަ އެކަމަށް ހޭދަކުރާ މީހާ. on the breadline ވަރަށް ފަޤީރު ޙާލަތުގައި ދިރިއުޅޭ.

breadth

ބްރެތް (ތ ކިޔާނީ ފިއްތި އަޑެއްގެ ގޮތުގައި). ފުޅާމިން، ހުރަހަށް ހުންނަ މިން.

break

ބްރޭކް. (broke, broken, breaking) ކ. 1. ވެއްޓި ކުދިކުދިވުން. ކުދިކޮށްލުން. she broke her leg ފައިގެ ކަށިގަނޑެއް ބިނދުން. 2. ގެއްލުން ދިނުން/ލިބުން، ބޭނުން ނުކުރެވޭ ގޮތް އެއްޗަކަށް ހެދުން. 3. ވަޢުދަކާ ޚިލާފުވުން. 4. ވަގުތުކޮޅަކަށް މެދުކަނޑައިލުން. ދެމިއޮތް ކަމެއް ހުއްޓުން. break the silence, break for coffee, broke into a run. broke the strike ހަޅުތާލެއް، މަޝްވަރާކުރުމެއް ނެތި މަޖުބޫރަކުން ނިމުމަކަށް ގެނައުން. 5. ކުއްލިއަކަށް ނުވަތަ ގަދަބާރުން މަގުހޯދުން. broke the prison ޖަލުން ފިލުން. 6. ކުއްލިއަކަށް ފެނުން ނުވަތަ ފައިދާވުން. 7. ހާމަވުން ނުވަތަ ކުރުން (މ. ޚަބަރެއް). މީހުންނަށް އެނގޭގޮތްވުން. 8. އެހެން އެއްޗެއް ފަހަނައަޅައި ކުރިއެރުން މ. broke world record = ދުނިޔޭގެ ރެކޯޑު މުގުރައިލުން. 9. ނިކަމެތިވުން ނުވަތަ ނިކަމެތިކުރުން. ހިތާމައިން ބޭގަރާރުވުން. މ. the scandal broke him. 10. އަޑު ބަދަލުވުން: ފިރިހެން ކުދިން ވަކި ޢުމުރަކަށް އެޅުމުން އަޑު ބުންވުން؛ މީހުންގެ އަޑު އެކި ސަބަބުތަކާ ހެދި އެއް ހަމައެއްގައި ނުގެންގުޅެވުން. 11. (ބޯޅައާ މެދު) ބިމުގައި ޖެހިފައި މިސްރާބު ބަދަލުވުން. 12. (ރާޅާމެދު) ހުޅި ބިއްދައިގެން ގޮސް ފޮނުތަކަކަށް ވުން. 13. ބޮކްސިން ކުޅޭއިރު، ދެމީހުން ހިފައިގަތުމުން ދުރުކުރުން. —ނ. 1. ހަލާކުކުރާ ހަލާކުކުރުމެއް. 2. ރައްކާވުމެއް. 3. ޖާގައެއް، ހަލާކުވެފައިވާ ތަނެއް. 4. ކަމެއް ކުރަމުންދާއިރު އޮންނަ އިންޓަރވަލެއް. 5. ބިލިއާޑް ކުޅޭއިރު، އެކަކު ޖެހިޖެހިގެން ހޯދާ ޕޮއިންޓްތައް. 7. ނުރަސްމީ ބަހުރުވައިން ބަދުނަޞީބެއް. a bad break 8. ރަނގަޅު ފުރުޞަތެއް ދިނުން. give him a break. break down ހަލާކުކޮށްލުމެއް. މައްސަލައެއް ޖެހިގެން އެއްޗެއް މަސައްކަތްކުރުން ހުއްޓުން. ވެއްޓުން. ޝުޢޫރުތަކުގެ ސަބަބުން ރުޔުން. ކެމިކަލްގޮތުން މެކުވެ އެހެން އެއްޗަކަށް ބަދަލުވުން. ބައިބަޔަށް ބަހައި ބެލުން. މ. ޚަރަދުތައް ބްރޭކްޑައުން ކުރުން. break even ގެއްލުމާއި (ޚަރަދާއި) ނަފާ އެއްވަރުވުން. break fresh ground އުނގެނޭ މާއްދާއެއްގެ އިތުރު ކަންތައްތައް ފުރަތަމަ ފަހަރަށް އަމިއްލައަށް ހޯދައިގަތުން. break in ޢިމާރާތެއްގެ ތެރެއަށް ހަލާކުކޮށްލައިގެން ވަނުން (ޚާއްޞަކޮށް ވަގުން). ދައްކަމުންދާ ވާހަކައެއްގެ ތެރެއަށް ވަނުން. އައު ކަންތައްތަކަކަށް، ހަމަތަކަކަށް ހޭނުން. break-in ބިނާއެއްގެ ތެރެއަށް ގަދަކަމުން ވަންނަ ވަނުން. breaking-point ފިއްތުމުން ނުވަތަ ދެމުމުން އެއްޗެއް (ނުވަތަ މީހަކު) ކެތްނުކުރެވި ބުރިވާ ނުވަތަ ހަލާކުވާ ބުރަދަން. break in on އުނދަގޫކުރުން. ދައްކަމުންދާ ވާހަކައެއް ހުއްޓުވުން. break of day ފަތިސް. break off ވާހަކަ ދެއްކުން ހުއްޓައިލުން، ގުޅުން ކަނޑައިލުން. އެއްޗަކަށް ނިމުމެއް ގެނައުން. break one’s neck ކަރުގެ ކަށިތައް ބިއްދައިގެން ދިއުން. ނުރަސްމީ ބަހުރުވައިން ކަމެއް ޙާޞިލްކުރުމަށް ވަރަށް ގަދައަށް މަސައްކަތްކުރުން. break out ކުއްލިއަކަށް ފެށުން. ޙައިރާންކަމާ އެކު ބުނުން. ގަދަކަމުން ދާނެގޮތް ހެދުން. އުފެދުން (މ. މޫނުގައި އޮށާޅަ). break service ޓެނިހުގައި ސާރވް ކުރާ މީހާއަށް ގޭމް ކާމިޔާބު ނުވުން. break the bank ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުން. break the heart ވަރަށް ބޮޑު ހިތާމައެއް ކުރިމަތިވުން ނުވަތަ ކުރުން. break the ice ކަމެއް ފެށުމުގައި އޮންނަ ނުތަނަވަސްކަން ކަނޑައިލުން. މިސާލަކަށް މީހަކަށް ތައާރަފުވާއިރު. break up ނިމުމަކަށް އައުން ނުވަތަ ގެނައުން. ބަލިކަށިވުން. ވަކިވުން (މ. ގުޅިގެން އުޅުނު ދެމީހުން). މަދަރުސާތަކުގެ ޗުއްޓީ ފެށުން. breakup މަތީ ބަޔާންކުރެވުނު ބްރޭކް އަޕް ވުމުގެ ޢަމަލު. break wind ފޮޑިޖެހުން. break with މީހަކާ އެކު އޮތް ގުޅުމެއް ނިންމައިލުން. ނުވާނެކަމަށް ބަލައި ހުއްޓައިލުން.

breakable

ބްރެއިކަބްލް. ނއ. ބްރޭކް (ހަލާކު) ކޮށްލެވޭނޭ. ފުޑުފުޑުކޮށްލެވޭނޭ (މ. ތަށި).

breakage

ބްރެއިކިޖް. ނ. 1. ހަލާކުވާ އެއްޗެތި. 2. ހަލާކުވުމުގެ ޢަމަލު.

breakaway

ބްރެއިކަވޭ. ނ. 1. ވަކިވެ މިނިވަން ވުން. 2. ރަގްބީގައި ދެވަނަ ބަރީގެ ފޯރވާޑްގެ އައުޓްސައިޑް. —ނއ. ވަކިވި ނުވަތަ ވަކިވާ ބައި.

breakdown

ބްރެއިކްޑައުން. ނ. 1. މެކެނިކަލް މައްސަލައެއްގެ ސަބަބުން ފޭލިވާ ފޭލިވުން. 2. ބަލިކަށިވުން. 3. ޖިސްމާނީ ނުވަތަ ނަފްސާނީ ޞިއްޙަތު ކުއްލިއަކަށް ގެއްލުން. 4. ޚަރަދުތަކެއް ފަދަ ކަމެއް ވެފައިވާ ގޮތް ބެލުމަށް ކުރާ ތަޙްޤީޤް.

breaker

ބްރެއިކަރ. ނ. ގޮނޑުދޮށަށް ޖަހާ ބޮޑު ރާޅެއް.

breakfast

ބްރެކްފަސްޓް. ނ. ހެނދުނުގެ ކެއުން. ނާސްތާ. ސީނު އަދި ޖަޕާނު ބަހުން ޒައުކާން. އަސާގޯހާން.

breakneck

ބްރެއިކްނެކް. ނއ. ނުރައްކާތެރި ބާރު ދުވެއްޔެއްގައި.

breakthrough

ބްރެއިކްތްރޫ. ނ. ޢިލްމުގެ ގޮތުން ބޮޑު ކުރިއެރުމެއް. ވަކި މާއްދާއަކުން އެނގޭ އެއްޗެތި ފުޅާވެ ގިނަވާފަދަ މުހިއްމު ހޯދުމެއް ފާހަގަ ކުރެވުން.

breakwater

ބްރެއިކްވޯޓަރ. ނ. ކަނޑުން އަންނަ ރާޅުތައް މަޑުކުރުމަށް ބަނދަރު ވަށައި ހަދާ ބޮޑު ފާރެއް. ތޮށިގަނޑު.

bream

ބްރީމް. ނ. ކާޕް އާއިލާގެ މަހެއް.

breast

ބްރެސްޓް. ނ. 1. ކިރު އުފައްދާ، އަންހެނެއްގެ މޭމަތީ ހުންނަ ދެ ގުނަވަން. އުރަމަތި. ބުއް. 2. މީހެއްގެ ހަށިގަނޑުގެ މޭމަތި، މިބައި ފޮރުވަން ބޭނުންކުރާ ފޮތިގަނޑު. 3. ޖަނަވާރެއްގެ މި ބައި. 4. މި ބައްޓަމަށް ހުރި އެހެން އެއްޗެއް. —ކ. ކުރިމަތިލުން. މ. breasted the waves. breast-feed މަންމަގެ ބުކުން ތުއްތު ކުދިންނަށް ކިރު ދިނުން. ގާތުން ކިރުދިނުން. breast-fed ނއ. މިގޮތަށް ކިރު ދިނުން. breast-stroke މޫނުވަތަށް ލައި، ދެ އަތް އެއްފަހަރާ ޖަހައިން ފަތާ ފެތުން.

breastbone

ބްރެސްޓްބޯން. ނ. މޭގެ ކަށިތައް ގުޅޭ، މޭމަތީގައި މަތިން ތިރިއަށް ހުންނަ ކަށިގަނޑު.

breath

ބްރެތް. ނ. (ތ ކިޔާނީ ފިއްތި، ކޮންސޮނަންޓް އަޑެއްގެ ގޮތުގައި). 1. ފުއްޕާ މެއަށް އެތެރެއަށް ގެނެސް ބޭރުކުރާ ވައި. ނޭވާ. 2. އެތެރެއަށް ލާ ނޭވާ. މ. take six deep breaths ހަފަހަރު އެތެރެއަށް ފުންކޮށް ނޭވާ ލާށެވެ. 3. ލުއިކޮށް ޖެހޭ ވައިރޯޅި. މ. breath of wind. 4. ހިލަމެއް ނުވަތަ މަޑުން ވައިއަޑުން، ނަޖުވާ ގޮތަށް ބުނާ ބުނުމެއް. not a breath of scandal (މީހަކާ މެދު) ހުތުރު ކިތަންމެ ކުޑަ ނަމަވެސް ބަހެއް ނުއިވުން. in the same breath ވާހަކައެއް ބުނުމާއެކު އެއާ ގުޅިގެން (އެއް ނޭވާއެއްގައި). out of breath ކަސްރަތު ނުވަތަ މަސައްތްކުރުމުން ނޭވާ ކުރުވެ މާނޭވާލެވޭ ވަރުވެފައި. save one’s breath ބޭނުމެއް ނެތް ވާހަކަ ދެއްކުމުން، މަޝްވަރާއިން އެއްކިބާވުން. take one’s breath away އުފަލުން ނުވަތަ ހައިރާނުން ނޭވާ ނުލެވޭ ވަރު ވެފައި. under one’s breath ވަރަށް މަޑުމަޑުން ބުނުން. ވައިއަޑުން ބުނުން. ވިހަނގިން ބުނުން.

breathalyse

ބްރެތަލައިޒް. ކ. ބްރެތަލައިޒަރެއް (ތިރިބަލާ!) ބޭނުންކޮށްގެން ޓެސްޓް ކުރުން.

breathalyser

ބްރެތަލައިޒަރ. ނ. ނޭވާ ބޭރަށްލާއިރު، އޭގައި ބަނގު ރާހުރި މިންވަރު ބަލާ މެޝިނެއް. މިއީ ބޭރު ގައުމުތަކުގައި އަމަލުވެގެން ކާރު ދުއްވާތީ ހުއްޓުވާފައި، ހޮޅިކޮޅަކުން ފުމެން ދޭ ކުޑަ ފޯނެއް ވައްތަރުގެ އެއްޗެކެވެ. ހަށިގަނޑުގައި ރާ ހުރި މިންވަރު މިއިން ބެލެއެވެ.

breathe

ބްރީތް (ތ ކިޔާނީ ފިއްތި، ކޮންސޮނަންޓް އަޑެއްގެ ގޮތުގައި). 1. ފުއްޕާމެއަށް ވައި ވައްދައި ބޭރުކުރުން. ނޭވާލުން. ގަސްތައް ނަމަ ފަތްތަކުގެ ލޯވަޅުތަކުން ގޭސް ބޭރުކުރުން. 2. ދުން ފަދަ އެހެން އެއްޗެއް ފުއްޕާމެއަށް ދަމައި ބޭރުކުރުން. 3. ބުނުން. don’t breathe a word about it އެކަމާ މެދު އެއްވެސް ބަހެއް ނުބުނާށެވެ. breathe again ހާސްކަމަކުން މިންޖުވުން. breathing space ނޭވާލާނޭ ޖާގަ. ވަރުބަލިކަން ފިލުވާނޭ ވަގުތު.

breather

ބްރީތަރ. ނ. 1. އަރާމަށް ދޭ ހުސްވަގުތު ކޮޅެއް. 2. ސާފު ވައިގައި ހޭދަކޮށްލާނޭ ވަގުތުކޮޅެއް.

breathless

ބްރެތްލަސް. (ތ ކިޔާނީ ފިއްތިއަޑެއްގެ ގޮތުގައި) ނއ. ނޭވާ ކުރުވެފައި. މާނޭވާލެވިފައި. ކއ. breathlessly. ނ. breathlessness.

breathtaking

ބްރެތްޓެއިކިން. (ތ ފިއްތިއަޑުން) ނއ. ވަރަށް މަޖާ، ފޯރިގަދަ. ޖޯޝް ހުރި. ފެނުމުން އާޝޯޚްވާ.

breathy

ބްރެތި. ނއ. ނޭވާލާ އަޑު އިވޭ. މ. ވާހަކަދައްކާ އިރު.

bred

ބްރެޑް. ބަލާ breed.

breech

ބްރީޗް. ނ. ބަޑީގެ ވަޒަން ދަތުރުކުރާ ހޮޅީގެ ފަހަތުބައި. breech birth ފޫކޮޅު ފުރަތަމަ ނުކުންނަ ގޮތަށް ކުޑަކުދިން ވިހެއުން.

breeches

ބްރީޗިޒް. ނ. އަސް ދުއްވާއިރު ލާއުޅޭ ނުވަތަ ދަރުބާރުގައި ލައި އުޅޭ ކަކުލުން ކިރިއާ ތިރިއަށް ހުންނަ ވަރުގެ ފަޓުލޫނު.

breed

ބްރީޑް. (bred, breeding). 1. ދިރުން ހުރި ކުދި އެއްޗެތި އުފެއްދުން. ވިއްސުން، ގިނަކުރުން. 2. ގިނަ ކުރުމުގެ ބޭނުމުގައި ޖަނަވާރު (މ. ގެރި) ގެންގުޅުން. 3. ހާނައި ބޮޑުކުރުން. 4. އުފެއްދުން. —ނ. ވަކި ސްޕީސީޒް (species) އެއްގައިވާ އެއް ސިފައެއް ޖަހާ ދިރުން ހުރި ތަކެތި.

breeder

ބްރީޑަރ. ނ. ޖަނަވާރު ވިއްސައިގެން ގިނަކުރާ މީހެއް. breeder reactor އެ ހިންގަން ބޭނުންވާ ވަރަށް ވުރެ ގިނަ ރޭޑިއޯއެކްޓިވް ތަކެތި އުފައްދާ ނިޔުކްލިއަރ ރިއެކްޓަރ އެއް.

breeding

ބްރީޑިން. ނ. 1. ޖަނަވާރުން ކުދި ޖަނަވާރުތައް ގިނަކުރުމުގެ މަސައްކަތް. ފެތުރުން. 2. ތަމްރީނު ނުވަތަ އާއިލާގެ ސަބަބުން ރަނގަޅު އުޅުންތެރިކަމާއި އަޚްލާޤް ހުރި.

breeze

ބްރީޒް. ނ. 1. ލުއި ހިތްގައިމު ވައިރޯޅި. ނަސީމް. ސަމީރު. ފަސޭހައިން ޙާޞިލްކުރެވޭ ކަމެއް، ޚާއްޞަކޮށް އުއްމީދުނުކުރާ ގޮތަކަށް. —ކ. 1. ނުރަސްމީ ބަހުރުވައިން ލަދުވެތިކަމެއް ފިކުރެއް ނެތި ހަރުދަނާ ކަމާއި އިތުބާރާ އެކު ހިނގާފައި ދިއުން. 2. ފަސޭހައިން ކަމެއް ނިންމާލުން ނުވަތަ ކާމިޔާބުކުރުން.

breeze-blocks

ބްރީޒް-ބްލޮކްސް. ނ. ތަންތަން ރާނަށް ގެންގުޅޭ ސިމެންތިއާއި ދެލިން (އަޅިން) ހަދާ ލުއި ހަފަރާތް ހުންނަ ގައު.

breezy

ބްރީޒީ. ނއ. (breezier, breeziest) 1. ވައިޖެހޭ ގޮތަށް ހާމަކޮށް ހުރި. 2. ހިތްގައިމު ގޮތަކަށް ވައިރޯޅިޖެހޭ. 3. ދިރުން ހުރި، މަޖާ. ކއ. breezily. ނ. breeziness.

Bren gun

ބްރެން ގަން. ނ. ކުޑަ މެޝިން ބަޑިއެއް.

brent-goose

ބްރެންޓް-ގޫސް. ނ. ކުޑަ ވަލު އަސްދޫންޏެއް.

brethren

ބްރެދްރަން. ނ. އިހުގައި brothers މި ލަފުޒުގެ ބަދަލުގައި ބޭނުންކުރާ ލަފުޒެއް.

Breton

ބްރެޓަން. ނއ. ފަރަންސޭސި ވިލާތުގެ ބްރެޓަނީއަށް ނިސްބަތްވާ. —ނ. މި ސަރަޙައްދުގެ އަހުލުވެރިއެއް.

breviary

ބްރީވިއަރި. ނ. ރޯމަން ކެތަލިކް ދީނުގެ މީހުން ކޮންމެ ދުވަހަކު ކިޔައި އުޅޭ ދުޢާތަކެއް ލިޔެފައި އޮންނަ ފޮތެއް.

brevity

ބްރެވިޓީ. ނ. ކުރުކަން. ވާހަކައެއް ނުވަތަ ކަމެއްގެ ކުރުކަން. އީޖާޒު. އިޚްތިޞާރު.

brew

ބްރޫ. ކ. 1. ފެނުކައްކާ ކަމީރުކޮށްގެން (ބިއަރު) ހެދުން. ސައިފަތް ފެނަށް އަޅައި ހޫނުކޮށްގެން ސައި ހެދުން. 2. މިގޮތުގެ މަތިން (ފެން ހޫނުކޮށް އެއަށް އެއްޗެއް އަޅައި ބަހައްޓައިގެން) ތައްޔާރުކުރުން. މ. the tea is brewing. 3. ކަމެއް އުފެދި ބޮޑުވުން. ކަމެއް މެދުވެރިވުން. މ. trouble is brewing ދަތި އުނދަގުލެއް އުފެދެމެން ބޯމަތިވަމުން އެބަ އާދެއެވެ. —ނ. 1. ބްރޫކޮށްގެން ތައްޔާރުކުރާ ދިޔައެއް. 2. ބްރޫކުރި މިންވަރު.

brewer

ބްރޫއަރ. ނ. ބިއަރު އުފެއްދުމަކީ އެމީހާގެ މަސައްކަތަކަށް ވާ މީހާ ނުވަތަ މިކަން ކުރާ ކުންފުނި.

brewery

ބްރޫއަރީ. ނ. ބިއަރު އުފައްދާ ތަން ނުވަތަ ކުންފުނި.

Brewster Sessions

ބްރޫސްޓަރ ސެޝަންސް. ނ. ރާ ވިއްކުމަށް ލައިސަންސް ދިނުމާ ބެހޭ ގޮތުން މެޖިސްޓްރޭޓުން ބާއްވާ ބައްދަލުވުންތައް.

briar

ބްރައަރ. ނ. ބަލާ brier.

bribable

ބްރައިބަބްލް. ނއ. ރިޝްވަތު ދީގެން ކަންކަން ކުރެވޭ. ބްރައިބް ކުރެވޭ.

bribe

ބްރައިބް. ނ. ދޭ މީހާއަށް ކަންތައް ފަހިކޮށްދިނުމަށް ނުފޫޒު ހިންގުމަށް މީހަކަށް ދޭ އެއްޗެއް. ރިޝްވަތު. އައްލާސް. —ކ. ރިޝްވަތު ދިނުން. ނ. bribery.

bric-a-brac

ބްރިކް-އަ-ބްރެކް. ނ. އަގު މަތި ނޫން ގަހަނާ، ތަންތަން ޒީނަތްތެރިކުރާ ތަކެތި، ފަރުނީޗަރު.

brick

ބްރިކް. ނ. 1. ފާރު ރޭނުމަށް ބޭނުންކުރާ، މަށި ފިހެގެން ނުވަތަ އެހެން ވެސް ގޮތަކަށް ތައްޔާރުކުރާ ހަ އަރިއަށް ދިގުކޮށް ހުންނަ އެޅިގައު. އީޓުގައު، ގައުދޮޅަ. 2. ކުޑަކުދިން ކުޅެން ގެންގުޅޭ މި ސިފައަށް ހުންނަ އެއްޗެއް. 3. ގައުދޮޅަ ސިފައަށް ހުންނަ ކޮންމެ އެއްޗެއް. 4. ނުރަސްމީ ބަހުރުވައިން ހިތް ހެޔޮ މީހެއް. —ނއ. 1. ބްރިކް އިން ހަދައިފައިވާ. 2. ރަތް އީޓުގެ ކުލަ ހުރި. brick-red ނއ. ރަތް މުށިކުލަ. drop a brick ޙާލަތަކާ އެކަށީގެން ނުވާ ޢިބާރާތެއް ބުނުން. އަދަބުވެރިކަން ނެތް ޢިބާރާތެއް ބުނުން.

brickbat

ބްރިކްބެޓް. ނ. ގައު ބުރިވަރެއް، ޚާއްޞަކޮށް އެއްލުމަށް ބޭނުންކުރާ.

bricklayer

ބްރިކްލޭޔަރ. ނ. ބްރިކް (އެޅިގައު) ބޭނުންކޮށްގެން ރާނާ މީހެއް.

brickwork

ބްރިކްވާރކް. ނ. ބްރިކް (އެޅިގައު) ބޭނުންކޮށްގެން ހަދައިފައިވާ ތަނެއް ނުވަތަ އެއްޗެއް.

bridal

ބްރައިޑަލް. ނއ. ކާވެންޏަކަށް ނުވަތަ ކާވެނިކުރާ އަންހެނަކަށް ނިސްބަތްވާ.

bride

ބްރައިޑް. ނ. ކާވެނިކުރާ ދުވަހު، ކާވެނިކުރާ އަންހެން މީހާ. އަލަށް ކާވެނި ކުރި އަންހެން މީހާ. އަރޫސް. ދުލްހަން. މަނަމާލިޔަ.

bridegroom

ބްރައިޑްގްރޫމް. ނ. ކާވެނިކުރާ ދުވަހު ކާވެނިކުރާ ފިރިހެން މީހާ. މީހަކާ އިންނަ ފިރިހެން މީހާ. އަރީސް. ދުލްހާ. މަނާލަޔާ.

bridesmaid

ބްރައިޑްސްމެއިޑް. ނ. ބްރައިޑް އެއްގެ ކާވެނީގެ ރަސްމިއްޔާތުގައި ބްރައިޑްގެ ފަރާތުން ބައިވެރިވާ ހުސްހަށިބައި އަންހެނެއް.

bridge

ބްރިޖް. ނ. 1. ކޯރެއް، ކަނޑެއް ނުވަތަ އެހެން ސަރަޙައްދެއް ހުރަސްކޮށް ދަތުރުކުރުމަށް އެތަންތަނުގެ މަތީގައި ޤާއިމްކުރާ ބިނާއެއް. ފާލަން. 2. ކައްޕިތާނުންނާއި މާލިމީން އެމީހުންގެ ވަޒީފާ އަދާކުރަން ދިރުބާކޮޅު ފެންނަހެން އުސްކޮށް ބޯޓުފަހަރުގައި ހަދައިފައި ހުންނަ ޕްލެޓްފޯމެއް. މިތަން ހުންނަނީ ކޮޓަރިއެއްހެން މަތި ހިޔާކޮށްފައެވެ. 3. ނޭފަތުގެ މަތީކޮޅުގައިވާ ކަށިހުންނަ ބައި. 4. އެހެން އެއްޗެއް ހިފަހައްޓަން އެއާ ގުޅުވާފައިވާ އެއްޗެއް. މ. ދަތެއް ވެއްޓުމުން އެހެން ދަތެއްގެ ބާރުގައި މަޞްނޫޢީ ދަތެއް ހަރުކުރާ ބައި. —ކ. ފާލަމެއް ނުވަތަ އަޑިގަނޑެއް ނުވަތަ އެހެން ތަނެއް ހުރަސްކޮށް، ދެ އެއްޗެއް ނުވަތަ ދެ ތަނެއް ގުޅުވާލަން ޤާއިމްކުރާ ބިނާއެއް ނުވަތަ އެއްޗެއް. bridging loan ވިޔަފާރީގެ ދެ މުޢާމަލާތެއްގެ ދެމެދުގައި ޚަރަދުތައް ކުރަން ދޭ ލޯނު. މ. ގެއެއް ވިއްކުމާއި އައު ގެއެއް ގަތުމާ ދެމެދު.

bridge

ބްރިޖް. ނ. ތާސްބައިން ކުޅޭ ކުޅިވަރެއް. bridge roll ކުކުޅުބިސް ބުރަށް ހުންނަ މަޑު ޕާނުގެ ބާވަތެއް.

bridgehead

ބްރިޖްހެޑް. ނ. ޢަދާވާތްތެރިންގެ ސަރަޙައްދުގައި ދިފާޢުކުރެވޭނޭ ގޮތަށް ޤާއިމްކުރާ ސަރަޙައްދެއް.

bridle

ބްރައިޑްލް. ނ. އަހެއް ކޮންޓްރޯލްކުރުމަށް އޭގެ ބޮލުގައި ހަރުކުރާ ގެރިހަމުން ހަދާފައި ހުންނަ ފީތާ ނުވަތަ ބަންދު ތަކެއް. ލަގަން. އަހުގެ އަނގައިގައި ހުރަހަށް އޮންނަ ދަގަނޑުކޮޅު (ކަލިނަ) އަކީ ބްރައިޑްލްގެ ބައެކެވެ. އިނގިރޭސި ބަހުން ބްރައިޑްލް އަކީ މީހާ ހިފަހައްޓައިގެން އިންނަ ދިގު ވައުފަށެއް ނޫނެވެ. މި ވައުފަށަށް އިނގިރޭސިބަހުން ކިޔަނީ rein އެވެ. —ކ. 1. ލަގަން އެޅުވުން. 2. ހިފެހެއްޓުން، ކިޔަމަންކުރުން. ކޮންޓްރޯލްކުރުން. 3. ފޮނިކަމުން ނުވަތަ ބޮޑާކަމުން މޫނު މައްޗަށް އުފުލައިލުން. bridle-path އަސްދުއްވަން ރަނގަޅު ނަމަވެސް އުޅަނދުފަހަރު ދުއްވަން ކަމުނުދާ ހަނިމަގު.

Brie

ބްރީ. ނ. ބާވަތެއްގެ މަޑު ޗީޒް (ޕަނީރު) އެއް.

brief

ބްރީފް. ނއ. 1. ކުރު ވަގުތުކޮޅަކަށް ދެމި ހުންނަ. 2. ކުރު. 3. ދިގުކަން ކުރު. —ކއ. briefly، ނ. briefness. in brief ޚުލާޞާކޮށް، މަދު ލަފުޒު ތަކަކުން (ބަޔާންކުރުން).

brief

ބްރީފް. ނ. 1. ޤާނޫނީ ވަކީލަކަށް ހުށަހަޅާ މައްސަލައެއްގެ ކުރު ޚުލާޞާއެއް. 2. ބެރިސްޓަރ އަކަށް (ޤާނޫނީ ވަކީލަކަށް) ނިންމަން ދޭ މައްސަލައެއް (ދަޢުވާއެއް). 3. ކުރިން ކަމަކާ ބެހޭ ގޮތުން ދޭ މަޢުލޫމާތާއި އިރުޝާދު. —ކ. 1. ބްރީފް އެއް މީހަކަށް ދިނުން. 2. ކުރިން ކަމަކާ ބެހޭ ގޮތުން ކުރުކޮށް އިރުޝާދު ދިނުން. hold no brief for ޒިންމާތަކުގެ ގޮތުން ކަމަކާ ބެހެން (މުޢާމަލާތްކުރަން) ނުޖެހޭ.

briefcase

ބްރީފްކޭސް. ނ. ލިޔެކިޔުން އަޅަން ގެންގުޅޭ ހަފަރާތް ތާންކޮށް ހުންނަ ދަބަހެއް.

briefs

ބްރީފްސް. ނ. ގަޔަށް ބާރު ކުރު ހަރުވާޅެއް.

brier

ބްރަޔަރ. ނ. 1. ވަލު ފިނިފެންމާ އާއިލާގެ ގަސް. ކަށިހުންނަ ތިރިކޮށް ހެދޭ ގަހެއް. 2. ދުންބޯ (ކަށިގަނޑު) ޕައިޕް ހެދުމަށް ބޭނުންކުރާ މުލެއް ހުންނަ ގަހެއް. 3. މިއިން ހަދައިފައިވާ ދުންބޯ ކަށިގަނޑެއް.

brig

ބްރިގް. ނ. އުތުރު އިނގިރޭސިވިލާތުގައި ބްރިޖް އަށް ކިޔާ ނަން.

brig

ބްރިގް. ނ. ދެ ކުނބު ހުންނަ ރިޔާނަގައިގެން ދުއްވާ އޮޑިއެއް.

brigade

ބްރިގެއިޑް. ނ. 1. ލަޝްކަރުގައި ހިމެނޭ އަސްކަރީންގެ ޖަމާޢަތެއް. މިފަދަ ޖަމާޢަތެއްގައި 3000 އާއި 5000 އާ ގާތްކުރާ މިންވަރަކަށް އަސްކަރީން ތިބޭނެއެވެ. 2. ވަކި ކަމަކަށް (މ. އަގީދާއަކަށް ނުވަތަ މާއްދާއަކަށް) ޝައުޤު ހުންނަ މީހުންގެ ޖަމާޢަތެއް.

brigadier

ބްރިގޭޑިއަރ. ނ. ބްރިގެއިޑް އަކަށް އަމުރުކުރަން ހުންނަ ވެރިޔާ. މިފެންވަރުގެ ސްޓާފް އޮފިސަރެއް.

brigand

ބްރިގަންޑް. ނ. ފޭރޭ މީހުންގެ ޖަމާޢަތެއް. ޢާއްމުގޮތެއްގައި މިމީހުން މަގު ފޭރޭނީ އެވެ. ކަލިނި.

bright

ބްރައިޓް. ނއ. 1. ގިނައިން އަލި ނުކުންނަ ނުވަތަ ރިވެލިކުރާ. އުޖާލާ. ނޫރާނީ. ރޯޝަނީ. 2. އުފާވެރި މ. މިޒާޖު. 3. ވިސްނުން ތޫނު އަދި އަވަސް. ބުއްދި ގަދަ. —ކއ. brigthly، ނ. brightness.

brighten

ބްރައިޓްން. ކ. އުޖާލާ، ރޯޝަން ކުރުން ނުވަތަ އެހެން ވުން.

brill

ބްރިލް. ނ. ވެލިމަޑި ފާޑުގެ ފަތާ މަހެއް.

brilliant

ބްރިލިއަންޓް. ނއ. 1. ވަރަށް އުޖާލާ، ވިދުން ހުރި. 2. ވަރަށް ބުއްދި ގަދަ. —ނ. އަރިތައް ގިނަ، ކަނޑައި އޮފުކޮށްފައިވާ އަލިމަހެއް. ކއ. —brilliantly، ނ. brilliance.

brilliantine

ބްރިލިއަންޓީން. ނ. 1. އޮފު އަރުވަން އިސްތަށީގައި އުނގުޅާ ބޭހެއް. 2. އޮފު އަރާ ފޭރާމެއް.

brim

ބްރިމް. ނ. 1. ޖޯޑެއް، ކަންވާރެއް، ކާނެއް ފަދަ އެއްޗެއްގެ ތުންފަތް. 2. ތޮފީގައި ތެދަށް ތާންކޮށް ހުންނަ ބައި. —ކ. (brimmed, brimming) ތުނބާ ހަމަކުރުން. މުޅިން ފުރާލުން. brim-full ތުނބާހަމައަށް ފުރިފައި. brim over ތުނބުން ފުރިގެން ފޭބުން.

brimstone

ބްރިމްސްޓޯން. ނ. އިހުގައި ކައްސަނދުވާނި އަށް ކިޔާ ނަމެއް.

brindled

ބްރިންޑްލްޑް. ނއ. އެހެން ކުލައެއްގެ ރޮނގުތައް ހުރުމާއެކު މުށިކުލައިގައިވާ. މ. ބްރިންޑްލްޑް ގެރި.

brine

ބްރައިން. ނ. ލޮނު ފެން. ލޮނުރަހަ ލާ ފެން.

bring

ބްރިން. ކ.(brought, bringing) 1. ގެނައުން. އަންނަގޮތް ހެދުން، މީހާ ހިފައިގެން، މަގުދައްކައިގެން ނުވަތަ އެކުގައި ދަތުރުކޮށްގެން. 2. ނަފައެއް ނުވަތަ ޢާމްދަނީއެއް އުފެއްދުން. 3. ނަތީޖާއެއް ނެރުން. މ. war brought famine ހަނގުރާމައިން ބަނޑަށް ޖެހުން ގެނައެވެ. 4. ކޯޓެއްގައި އިލްޒާމުތަކާއި ތުހުމަތުތައް ހުށަހެޅުން. މ. they brought an action for libel. 5. ވަކި ޙާލަތަކަށް އަންނަގޮތް ހެދުން. މ. bring water to boil ކެކެންދެން ފެން ހޫނުކުރާށެވެ. bring about ވަކި ނަތީޖާއެއް ނުކުންނަ ގޮތް ހެދުން. bring-and-buy-sale ބައެއް މީހުން ތަކެތި ގެނެސް ބޭނުންވާ މީހުން އެތަކެތި ގަންނަ ވިޔަފާރީގެ ސޭލް (ވުނަދާނަ) އެއް. bring back ކުރިން ހުރިގޮތް ހެދުން. ހަނދާންވާނެ ގޮތް ހެދުން. ނުވަތަ ވުން. bring down ވައްޓާލުން، ވެއްޓޭގޮތް ހެދުން. bring the house down ބައްދަލުވުމެއްގައި ބޮޑަށް ތަރުޙީބު ލިބުން. bring forth ވުޖޫދުވެގެން، އުފެދިގެން، ވާގޮތް ހެދުން. bring forward ކުރިން ރާވާފައިވާ ވަގުތަށް ވުރެ އަވަހަށް ކަމެއް ވާގޮތް ހެދުން. ހިސާބުތަކެއް ފަހަތު (ކުރީ) ސަފުހާއަކުން އައު ސަފުހާއަކަށް ގެނައުން. bring in ފެށުން. ތަޢާރުފުކުރުން، ވެއްދުން. ނަފާގެ ގޮތުގައި ފައިސާ ލިބުން. ކޯޓެއްގައި ހުކުމެއްގެ ގޮތުގައި ހުށަހެޅުން. bring into being ވާގޮތް ހެދުން. ވުޖޫދުކުރުން. bring off ކާމިޔާބުކޮށް ކަމެއް ކުރުން. bring on އަވަހަށް ބޮޑުވާގޮތް، ތަރައްޤީވާގޮތް ހެދުން. bring oneself to do something ކުރަން ބޭނުން ނުވުމާއެކު ވެސް ނުހުރުމާއެކު ކަމެއް ކުރަން ޖެހުން. bring out ފެންނަ ގޮތް ހެދުން. ކަޝްފުކުރުން. ޝާއިޢުކުރުން. ހާމަކުރުން. bring to bear ނުފޫޒެއްގެ ގޮތުގައި ބާރުބޮޑުވާގޮތަށް ހުށެހެޅުން. މ. pressure was brought to bear on the dissenters. bring up ތަރުބިއްޔަތުކޮށް ބެލެހެއްޓުން މ. ކުޑަކުދިން ބޮޑުކުރުން. ހޮޑުލުން. ކުއްލިއަކަށް ހުއްޓޭގޮތް ހެދުން. bring up the rear ސަފެއްގެ އެންމެ ފަހަތަށް އައުން.

brink

ބްރިންކް. ނ. 1. ވަޅެއް ފަދަ އަޑިއަށް ހުރި ތަނެއްގެ ތުންފަތް. ކިނާރާ. ދަހާނާ. 2. ނުދަންނަ، ނުރައްކާތެރި މަޖާ ފަދަ ކަމެއްގެ ތުންފަތް.

brinkmanship

ބްރިންކްމަންޝިޕް. ނ. ސިޔާސީ އަރައިރުންތަކުގައި ވަކި ކަމެއް ނުކޮށްފިނަމަ، އެވެނިކަމެއް ކުރާނެކަމަށް ބިރުދައްކައިގެން ކަމެއްކުރުވުން. ހުއްޓާލުމުގެ ކުރިން ހަނގުރާމައެއް ފެށިދާނެ ހިސާބަކަށް ވަކި ސިޔާސަތެއް ގެންދިއުމުގެ ފަންނު.

briny

ބްރައިނި. ނއ. ލޮނުރަހަލާ. —ނ. ސަމާސާ އަދަބުގައި، ކަނޑު.

brioche

ބްރީއޮޝް. ބޮރިއޮޝް. ނ. ކުކުޅުބިހާއި ބަޓަރުބޭނުންކޮށްގެން ހަދާ ފޮނި ޕާނެއް.

briquette

ބްރިކެޓް. ނ. ކޯލާދެލި ފިއްތައިގެން ހަދައިފައިވާ ބުރިވަރެއް. މި ބޭނުންކުރަނީ ދަރުގެ ގޮތުގައެވެ.

brisk

ބްރިސްކް. ނއ. ހަލުވި، ޙަރަކާތްތައް އަވަސް. މުރާލި. ކއ. briskly. ނ. briskness.

brisket

ބްރިސްކިޓް. ނ. ގެރިއެއްގެ މޭ މަތިން ކަނޑާފައިވާ ކެއުމަށް ބޭނުންކުރާ މަސް ފޮތި.

brisling

ބްރިޒްލިން. ނ. ރެހި ބާވަތުގެ ކުޑަ މަހެއް.

bristle

ބްރިސްލް. ނ. 1. ކުރު ހަރު އިސްތަށި ނުވަތަ ކެހެރި. ޢާއްމުކޮށް އެތައް ބައިވަރު އިސްތަށީގެ ތެރެއިން އެކަތި. 2. ބުރުހެއްގައިވާ ނަރުތަކުގެ ތެރެއިން އެކަތި. —ކ. 1. ބިރުން ނުވަތަ ރުޅިއައިސްގެން ޖަނަވާރެއްގެ އިސްތަށިތައް ކޮޅަށް ޖެހުން. 2. ރުޅި ހާމަކުރުން. 3. ބޯކޮށް ކުރު ހަރު ނަރު ޖެހުން. bristle with ފުރިގެން ވުން. މ. the plan is bristled with difficulties.

bristly

ބްރިސްލީ. ނއ. ބްރިސްލް އިން ފުރިފައިވާ.

Britain

ބްރިޓްން. ނ. އިންގްލަންޑް، ވެއިލްސް، ސްކޮޓްލަންޑް މި ތިން ތަން އެއް ޤައުމެއްގެ ގޮތުގައި. ބައެއް ފަހަރު މިހެންވެސް ކިޔައެވެ. Great Britain.

Britannia

ބްރިޓޭނިއާ. ނ. ތިން ކަނި ތީރަކާއި، ހެލްމެޓަކާއި އައްޑަނައެއް ބޭނުންކުރާ އަންހެނެއްގެ ގޮތުގައި ބްރިޓްން ރަމްޒުކުރާ ނިޝާން.

Britannic

ބްރިޓޭނިކް. ނއ. ބްރިޓްން އަށް ނިސްބަތްވާ.

British

ބްރިޓިޝް. ނއ. ބްރިޓްން އަށް ނިސްބަތްވާ. the British ބްރިޓްން ގެ މީހުން. British Isles ބްރިޓްން އާއި އަޔަރލަންޑް އާއި ގާތުގައިވާ ކުދި ރަށްތައް. British Columbia ކެނެޑާގެ ސަރަޙައްދެއް.

Briton

ބްރިޓްން. ނ. 1. ރޫމީން ފަތަޙަކުރުމުގެ ކުރިން ބްރިޓްންގެ ދެކުނު ހިސާބުތަކުގެ އަހުލުވެރިން. 2. ބްރިޓްން ގެ މީހެއް.

brittle

ބްރިޓްލް. ނއ. މުރަނަ. ހަރު ނަމަވެސް ފަސޭހައިން ކުދިކޮށްލެވޭ. —ނ. ހަކުރާއި މަދުން ހަދަ ހަރު މެޓައެއް. —ކއ. brittly. ނ. brittleness.

broach

ބްރޯޗް. ކ. 1. (ފީފާއެއް ފުޅިއެއް ފަދަ އެއްޗެއްގައި) ލޯވަޅެއް އަޅައި އޭގައިވާ ދިޔަ ނެރުން. 2. ދައްކަން އުނދަގޫ ވާހަކައެއް ދައްކަން ފެށުން. broached the subject އެ މައުޟޫޢުއަށް ވާހަކަ ފެށުން.

broach spire

ބްރޯޗް ސްޕަޔަރ. ނ. ވަށައިގެން ބެލްކަނީގޮތަށް ހުންނަ ފާރެއް ނެތި ފައްޅިތަކުގައި ހުންނަ މުންނާރުގެ ކުރިބޯށި ހުންނަ ބައި.

broad

ބްރޯޑް. ނއ. 1. ހުރަހަށް ދިގު، ފުޅާ. 2. އެއް ފަރާތުން އަނެއް ފަރާތަށް މިންކުރާއިރު މ. 20 feet broad. 2. ފުރިހަމަ ވެފައި ހުރިހާ ބައެއް ހިމެނޭ. މ. ބްރޯޑް ޑޭލައިޓް. ބްރޯޑް ހިންޓް. ވަރުގަދަ ވެފައި އޮޅުމެއް ނުވާ. a broad Indian accent 4. ޢާއްމުކޮށް ބަލާއިރު، ތަފްޞީލަށް ނުވަތަ ކުދި ކަންކަމަށް ނުވިސްނާ. މ. broad outline ތަފްސީލު ނުހިމެނޭ އައުޓްލައިންއެއް (ޚުލާޞާއެއް). 5. ބޭއަދަބީ. މ. broad humour. —ނ. 1. އެއްޗެއްގެ ފުޅާ ބައި. 2. އެމެރިކާގެ ބަހުރުވައިގައި ނާސި އަންހެނެއް. އަންހެނެއް. ކއ. broadly. ނ. broadness. broad bean ހިމެރިތޮޅި ހުންނަ ގޮތަށް ފުޅާކޮށް ހުންނަ ތޮޅިއެއް. broadly speaking ޖުމުލަގޮތެއްގައި ވާހަކަ ދެއްކުން. ތަފްޞީލަށް ނުގޮސް ދައްކާ ވާހަކަ. broad-minded ގިނަ ކަންކަން ބަލައިގަންނަ. ތިމާ ރުހޭ ގޮތް ނޫން އެހެން ގޮތްތައް ވެސް ވަރިހަމަ.

broadcast

ބްރޯޑްކާސްޓް. ކ. (broadcast, broadcasting) 1. ރޭޑިއޯ އާއި ޓެލިވިޜަން ސިގްނަލް ދުރަށް ފޮނުވުން. 2. ރޭޑިއޯ ނުވަތަ ޓެލިވިޜަން ޕްރޮގްރާމެއްގައި ވާހަކަ ދެއްކުން. 3. ޢާއްމުކުރުން. މީހުންނަށް އެނގޭގޮތް ހެދުން. 4. ދަނޑަށް އޮށްތައް ގަސް ފެޅުވުމަށް އުކުން. —ނ. ބްރޯޑްކާސްޓްކުރާ ޕްރޮގްރާމެއް. —ކ. ހިލޭ ފެތުރުން. ނ. broadcaster.

broaden

ބްރޯޑްން. ކ. ފުޅާވުން ނުވަތަ ފުޅާކުރުން.

broadloom

ބްރޯޑްލޫމް. ނ. ފުޅާކޮށް ވިޔެފައިވާ ފޮތި.

broadside

ބްރޯޑްސައިޑް. ނ. 1. ބޯޓެއްގެ އެއް އަރިމަތީގައި ހުރި ހުރިހާ ބަޑިއެއް އެއްފަހަރާ ޖެހުން. 2. ބަހުން ވަރުގަދަ ހަމަލާއެއް ދިނުން. broadside on އަރިމަތިން ޖެއްސުން.

broadsword

ބްރޯޑްސްވޯޑް. ނ. ތިލަ ފުޅާ ކަނޑިއެއް. މި ބޭނުންކުރަނީ ބުރިކުރާށެވެ. ކޮއްޕާކަށް ނޫނެވެ.

brocade

ބްރޮކެއިޑް. ބްރޮކޭޑް. ނ. ރަން ނުވަތަ ރިހި ކަސަބުން ބައެއް ތަންތަން ކުރެހުން އެޅުމުގެ ގޮތުން އުސްކޮށް ހުންނަ ބޯ ފޮއްޗެއް. ޖަރީކުރި ފޮތި. ޖިންދުއާން ފޭރާން.

broccoli

ބްރޮކަލި. ނ. (ގިނަ ވިޔަސް ލަފުޒުގެ ފަހަތަށް s އެކެއް ނުކުރޭ). ބޮޑިކޮޕީގެ ތަންކޮޅެއް ހަރު، ގަދައަށް ހެދޭ ވައްތަރެއް. ޕޫލްކޮޕީ ނުވަތަ ގޯބީގެ ފެހިކުލައިގެ މައުތަކެއް އަޅާ ބާވަތެއް. ތަރުކާރީގެ ގޮތުގައި ބޭނުންކުރަނީ މީގެ މަލާއި ތަނޑިއެވެ. ބުރޫކަލީ.

brochure

ބްރޯޝަރ. ބްރޯޝުއަރ. ނ. މަޢުލޫމާތު ހިމެނޭ ކުރު ފޮތެއް ނުވަތަ ގަނޑެއް. މިފަދަ ލިޔުންތަކުގައި ގިނައިން ހުންނަނީ ވިޔަފާރީގެ މަޢުލޫމާތެވެ.

broderie anglaise

ބްރޯޑްރީ އާންގްލޭޒް. ނ. ރޭނދާ ފަދައިން ލޯވަޅުތަކެއް ހުންނަ ގޮތަށް މައުޖަހާފައި ހުންނަ ފޭރާމެއް.

brogue

ބްރޯގް. ނ. 1. މަތީ ފަރާތުގެ ހަންގަނޑުގައި ޒީނަތަކަށް ލޯވަޅުތަކެއް ހުންނަ ފައިވާނެއް. 2. އަޔަރލަންޑްގެ ބަހުރުވަތަކުގައި އަދި ބައެއް އެހެން ބަހުރުވައިގައި އަކުރުތަކަށް ލާ ބާރު. އިނގިރޭސި ބަހުން ބޫޓު ކިޔަނީ ތަނބިކަށި ނިވާވާ ފައިވާނަށެވެ. ތަނބިކައްޓަށް ވުރެ ބްރޯގް ފައިވާން ތިރި ވާނެއެވެ. މިއީ އިނގިރޭސިބަހުން ޝޫޒް ކިޔާ ބާވަތުގެ ފައިވާނެކެވެ.

broil

ބްރޮއިލް.ކ. 1. ދައުގަނޑެއްގެ މަތީގައި މަސް ފިހުން. 2. ވަރަށް ބޮޑަށް ހޫނުވުން (މ. އަވީގެ ސަބަބުން). ވަރަށް ބޮޑަށް ހޫނުކުރުން.

broiler

ބްރޮއިލަރ. ނ. ރޯސްކުރުމަށް ބޮޑުކޮށްފައިވާ ނުވަތަ އެކަށޭނެ ކުކުޅު. broiler house މިފަދަ ކުކުޅު ތޮއްޖެހިފައިވާ ގޮތަކަށް ގެންގުޅެން ހަދާފައިވާ ހަރުގެ.

broke

ބްރޮއުކް. break ބަލާ! —ނއ. ހުރިހާ ފައިސާއެއް ހޭދަކޮށް ހުސްވެފައިވާ. ބަގުރޫޓުވެފައިވާ.

broken

ބްރޮއުކަން. break ބަލާ! —ކއ. brokenly. broken English ބަހުގެ ހަމަތަކަށް ނުފެތޭ ބިދޭސީން ދައްކާ އިނގިރޭސި ބަސް. broken-hearted ހިތާމައިގެ ސަބަބުން ހިތް ހަލާކުވެފައި. broken home މަންމަ ނުވަތަ ބައްޕަ ވަރިވުމުގެ ސަބަބުން އެއް ބެލެނިވެރިޔާ މަދު އާއިލާއެއް. broken reed އިތުބާރުކުރެވޭ ނުވަތަ ބަރޯސާ ކުރެވޭ ވަރަށްވުރެ ހަރުދަނާކަން ކުޑަ މީހެއް ނުވަތަ އެއްޗެއް.

broker

ބްރޮއުކަރ. ބްރޯކަރ. ނ. 1. އެހެން މީހެއްގެ ފަރާތުން ތަކެތި ގަނެ ނުވަތަ ވިއްކާ އެޖެންޓެއް. ޙިއްޞާ ގަނެ ވިއްކާ މީހެއް. 2. ދަރަނި ނުދެއްކުމުގެ ސަބަބުން މީހެއްގެ މުދައު ވިއްކާ ދަރަނި އަދާކުރުމަށް ހަވާލުކުރެވޭ ފަރާތެއް. brokerage މިކަން ކުރާ މީހަކު ނަގާ ކޮމިޝަން ނުވަތަ ފީ.

brolly

ބްރޮލީ. ނ. ނުރަސްމީ ބަހުރުވައިން އަމްބްރެއްލާ umbrella. ބޯހިޔާކުރާ ކުޑަ.

bromide

ބްރޯމައިޑް. ބްރޮއުމައިޑް. ނ. މާބޮޑަށް މޮޅިވުމުން ނުވަތަ ހާސްވުމުން މީހުންނަށް ފިކުރުކުޑަކުރުމަށް ދޭ ބޭހެއް. މި ބޭހުގައި ބްރޯމީން އެކުލެވެއެވެ.

bromine

ބްރޯމީން. ނ. އިހުގައި ފޮޓޯ ނެގެޓިވް ހެދުމަށާއި މި ޒަމާނުގައި ބޭސްވެރިކަމުގައި ބޭނުންކުރާ ކެމިކަލް އުންސުރެއް. މިއީ މޫދު ލޮނުގައި ހިމެނޭ އުންސުރެކެވެ.

bronchial

ބްރޮންކިއަލް. ނއ. ނޭވާލާ ހޮޅި އަނގައިން ފެށިގެން ފުއްޕާމެއަށް ވަނުމުގެ ކުރިން ދެކަފިވާ ދެހޮޅިއަށް ނިސްބަތްވާ. މިހޮޅިއަށް ކިޔާ ނަމަކީ bronchusއެވެ. ގިނަ ނަމަ، bronchi އެވެ.

bronchitis

ބްރޮންކައިޓިސް. ނ. ބްރޮންކައި ގެ (މަތި ބަލާ!) އެތެރެ ފަރާތުގައިވާ ދުލި ދުޅަވުން.

bronco

ބްރޮންކޯ. ނ. އުތުރު އެމެރިކާގެ ހުޅަނގު ފަރާތުގައި ދިރިއުޅޭ މުޅިން އޮޅުނުވާ އަސް.

brontosaurus

ބްރޮންޓޮސޯރަސް. ފަތްކައި އުޅުނު ބޮޑު، ކަރާއި ނިގޫ ދިގު ޑައިނަސޯރ އެއް.

Bronx cheer

ބްރޮންކްސް ޗިއަރ. ނ. އަނގައިން ނެރޭ ހުތުރު މަލާމާތުގެ އަޑެއް. ސިބިބި. ރާޒްބެރީ.

bronze

ބްރޯންޒް. ނ. 1. ރަތުލޯ އާއި ކަލައު އެއްކޮށްގެން އުފައްދާ މަޢުދަނެއް. މިއީ މުށިކުލައެއްގައި ހުންނަ މަޢުދަނެކެވެ. 2. މި މަޢުދަނުން އުފައްދާފައިވާ އެއްޗެއް. މުބާރާތެއްގައި ލިބޭ މި މަޢުދަނުން ހަދައިފައިވާ ތިންވަނައަށް ލިބޭ މެޑެލް އެއް. —ނއ. ބްރޯންޒް އިން ހަދައިފައިވާ. މި ކުލައިގެ. —ކ. އަވީގެ ސަބަބުން ހަމުގެ ކުލަ މިކުލައަށް ބަދަލުވުން ނުވަތަ ބަދަލުކުރުން. —Bronze Age އާލާތްތަކާއި ހަތިޔާރުތައް ބްރޯންޒް އިން ހެދި ޒަމާން.

brooch

ބްރޯޗް. ބްރޮއުޗް. ނ. މޭމަތީ ޖަހާ އެއްޗެއް. ޒީނަތަކަށް ހެދުމުގެ ކުރިމަތި ފަރާތު ކައްޓަކުން ހަރުކުރާ ޖަވާހިރާއި މަޢުދަނުން ހަދައިފައިވާ މަލެއް ފަދަ އެއްޗެއް. ގުލްސީނާ.

brood

ބްރޫޑް. ނ. 1. ބިސްފީކޮށްގެން އެއް ފަހަރާ ވިހާ ދޫނި ނުވަތަ އެހެން ޖަނަވާރު (ގުރޫޕެއްގެ ގޮތުގައި. 2. ސަމާސާ ބަހުރުވައިގައި ކުޑަކުދިންގެ އާއިލާއެއް. —ކ. brood 1. ބިސްތަކުގެ މަތީގައި އިށީދެގެން އިނދެ ބިސްފީކުރުން. 2. ދިގުކޮށް ފުންކޮށް، ކަމަކާ ރުޅިއައިސްގެން ވިސްނުން. —brood mare ވިއްސުމުގެ ބޭނުމުގައި ގެންގުޅޭ އަންހެން އަހެއް.

broody

ބްރޫޑީ. ނއ. 1. (ކުކުޅާ މެދު) ބިސްފީކުރަން ބޭނުންވެފައިވާ. 2. މޮޅިވެ ފިކުރު ހިންގުމުގައިވާ.

brook

ބްރުކް. ނ. ކުޑަ އާރެއް.

brook

ބުރުކް. ކ. ކަމަކަށް ކެތްތެރިކަން ދެއްކުން. މ. he would brook no interference އޭނާ ކުރާކަމާ ބެހުމަށް އެއްވެސް ކެތްތެރިކަމެއް ނުހުންނާނެއެވެ. {ބެހުނަކަ ނުދޭނެއެވެ.}

broom

ބްރޫމް. ނ. 1. ތިރިކޮށް ހެދޭ ހުދު ނުވަތަ ރީނދޫ މައު އަޅާ ގެއްސެއް. 2. ތަންތަން ފޮޅުމަށް ނުވަތަ ކެހުމަށް ބޭނުންކުރާ ދަނޑިދިގު ފިހިގަނޑެއް. a new broom ކުރީގެ ގޮތްތައް ބަދަލުކޮށްލާ އަލަށް ވަޒީފާދެވޭ ވެރިއެއް.

broomstick

ބްރޫމްސްޓިކް. ނ. ފިހިގަނޑެއްގެ ދަނޑި.

Bros.

ބްރޮސް. ނ. ކުރުކޮށް Brothers.

broth

ބްރޮތް (ތ ކިޔަންވާނީ ފިއްތިއަޑެއްގެ ގޮތުގައި). މަސް ކެއްކި ފެންގަނޑު. މިއިން ތައްޔާރުކުރާ ސުރުވާ ނުވަތަ ސޫޕް ނުވަތަ މަރަގު.

brothel

ބްރޮދަލް. ނ. ނާސީންގެ ގޮތުގައި އަންހެނުން މަސައްކަތްކުރާ ގެ. ނާސިގެ.

brother

ބްރަދަރ. 1. އެއް ބެލެނިވެރިންގެ ފިރިހެން ދަރިއެއް. ބޭބެ ނުވަތަ ފިރިހެން ކޮއްކޮ. އަޚް. 2. މުއައްސަސާއެއްގެ ނުވަތަ ފައްޅިއެއްގެ މެންބަރެއް. 3. ޕްރީސްޓް އެއްނޫން މަންކް އެއް. އެފަދަ މީހެއްގެ ލަގަބު. ނއ. brotherly. brother-in-law ފިރި ނުވަތަ އަނބި މީހާގެ ބޭބެ ނުވަތަ ފިރިހެން ކޮއްކޮ.

brotherhood

ބްރަދަރހުޑް. ނ. 1. ދެ ބޭބެ ނުވަތަ ދެ ފިރިހެން ކޮއްކޮ ދެމެދު އޮންނަ ތިމާގެކަން. 2. އެކުވެރިކަން. އަޚްވަންތަކަން. 3. ފިރިހެނުންގެ ޖަމާޢަތަކަށް ނިސްބަތްވާ މީހެއް.

brought

ބްރޯޓް. ނ. ބަލާ bring.

brougham

ބްރޫމް. ނ. 1. އިހުގައި ގެންގުޅުނު ހަތަރު ފުރޮޅުލީ ހިޔާކޮށްފައިވާ އެއް އަހުގެ ގާޑިޔަލެއް. ދުއްވާ މީހާ މިފަދަ ގާޑިޔަލުގައި އިންނާނީ ފުރާޅު ނެތް ބައެއްގައެވެ. 2. ކުރިން ގެންގުޅުނު ބާވަތެއްގެ ކާރެއް.

brouhaha

ބްރޫހާހާ. ނ. ރުޅިއައިސްގެން އަރައިރުންވެ އަޑުގަދަކުރާ އަޑުގަދަކުރުމެއް.

brow

ބްރައު. ނ. 1. ލޮލުގެ މަތިން ނިތްކުރީގައި ފަޅާފައި ހުންނަ އިސްތަށި ބަރި. ބުމަ. 2. ނިތްކުރި. 3. ކުރިއަށް ނުކުމެ އެލިފައިވާ ބައެއް.

browbeat

ބްރޮއުބީޓް. (browbeat, browbeaten, browbeating) ކ. ބިރުދެއްކުން. ތަޚްވީފުކުރުން.

brown

ބްރައުން. ނއ. 1. ކަޅާއި ދޮންފަޅޯ ކުލައާ ދެމެދުގެ ކުލައެއް. މުށިކުލަ. 2. ހަންގަނޑު މިކުލައިގައި ހުރި. އަވިން ހަންގަނޑު އަނދައި މިކުލަ ޖެހިފައިވާ. 3. (ޕާނާމެދު) ތޮށި ހުރި ފުށުން ހެދުމުން މި ކުލަ ޖެހިފައިވާ. —ނ. 1. މިކުލަ 2. މިކުލައިގެ އެއްޗެއް. 3. ސްނޫކަރގެ މުށިކުލައިގެ ބޯޅަ. —ކ. މުށިކުލަ އަރާގޮތް ހެދުން ނުވަތަ އެކުލަ ޖެއްސުން. browned off ނުރަސްމީ ބަހުރުވައިން ފޫހިވެފައި. brown paper ޕާރުސަލުކުރަން ގެންގުޅޭ ހިކިހުއި ކުލައިގެ ވަރުގަދަ ކަރުދާހެއް. brown sugar ހިކިހުއި ކުލައިގެ މުޅިން ސާފުނުކުރާ ހަކުރު. do a person brown މީހަކަށް މަކަރެއް ހީލަތެއް ހެދުން. in a brown study ޚިޔާލަށް، ފިކުރަށް ގެއްލިފައި.

Brownie

ބްރައުނީ. ނ. ގާރލް ގައިޑްގެ ޖަމާޢަތަށް ނިސްބަތްވާ ޅަ ކުއްޖެއް.

browning

ބްރައުނިން. ގޮދަން ފުށާއި މަހުގެ ދިޔައިން ހަދާ ސޯސްއެއްގައި މުށިކުލަ ޖައްސަން އަޅާ ކުލައެއް.

brownish

ބްރައުނިޝް. ނއ. މުށިކުލައަކަށް ދާ، ކުޑަކޮށް މުށި.

browse

ބްރައުޒް. ކ. 1. ޖަނަވާރު ފަތާއި ވިނަ ކާފަދައިން ތަންތަންކޮޅުން ކަމުން ދިއުން. 2. ފޮތެއް ނުވަތަ މަޖައްލާއެއް ފަދަ އެއްޗެއް، ހުރިހާ ޞަފުޙާތަކުގައިވާ ހުރިހާ އެއްޗެއް ނުކިޔާ، ގަނޑުތައް އުކަމުން ބަލަމުން ދިއުން. ފިހާރައެއްގައިވާ މުދާތައް، އެއްޗެއް ގަތުމުގެ ނިޔަތާ ނުލައި، ބަލަމުން އެނބުރުން. 3. އިންޓަރނެޓްގައިވާ ލިޔުންތަކާއި ފޮޓޯތައް ބަލަމުން ދިއުން. —ނ. މިގޮތަށް ބަލައިލާ ބެލުމެއް.

brucellosis

ބްރޫސެލޯސިސް. ނ. ދަނޑުތަކުގައި އުޅޭ ގެރި ފަދަ ޖަނަވާރުތަކަށް ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެއް.

bruise

ބްރޫޒް. ނ. ހަންގަނޑު ފަޅައިގެން ނުވަތަ ކެފިގެން ނުގޮސް، ފިތުމުގެ ސަބަބުން ނުވަތަ ތަނެއްގައި ޖެހުމުގެ ސަބަބުން ހަމުގެ ކުލަ ބަދަވެ، ހަމަށް ލިބޭ ގެއްލުން. —ކ. 1. މިފަދަ ގޮތެއް ހަމަށް މެދުވެރިވުން ނުވަތަ ހަމަށް ވާގޮތް ހެދުން. 2. އެއްޗެއްގައި ނުވަތަ ތަނެއްގައި ޖެހުމުން ކުރި އަސަރު ފާހަގަވުން. މ. ދޮން އަނބުތަކެއް ބިމަށް ވެއްޓުމުން.

Brunei

ބްރޫނައި. ނ. ބޯނިއާގައިވާ ކުޑަ ޤައުމެއް.

brunette

ބްރޫނެޓް. ނ. އިސްތަށިގަނޑު ނުވަތަ/އަދި ހަން އަލިނޫން އަންހެނެއް.

brunt

ބްރަންޓް. ނ. ކަމަކުން ކުރާ އެންމެ ބޮޑު އަސަރު ނުވަތަ ފިއްތުން ނުވަތަ ގެއްލުން. މ. bore the brunt of the attack.

brush

ބްރަޝް. ނ. 1. ފިލާކޮޅެއް ފަދަ ހަރު ބައެއްގައި އިސްތަށި، ކެހެރި، ބޮނބިނަރު ފަދަ ނަރު ހަރުކޮށްގެން ހަދާ އާލަތެއް. މި ގިނައިން ބޭނުންކުރަނީ ކުލަ ނުވަތަ ދަވާދުލުމަށެވެ. ބުރުސް. 2. އެނބުރޭ އެއްޗަކާ އިލެކްޓްރިކް ގުޅުމަށް ބުރުހެއްގެ ސިފައަށް ކާބަން ނުވަތަ މަޢުދަނަކުން ހަދައިފައި ހުންނަ އާލަތެއް. 3. ހިޔަޅެއްގެ ކެހެރިދިގު ނިގޫ. 4. ކުރު އިރުކޮޅަކަށް ހަރުކަށިކޮށް މީހަކާ ބައްދަލުވުން. 5. ފިހި އުނގުޅާ އުނގުޅުން. —ކ. 1. ބުރުސް އުނގުޅުން، ކޭއްތުން (ކުލަލުމަށް، އެއްޗެއް ނެގުމަށް). 2. ބުރުހެއް މަޑުން ކާއްތާލާ ގޮތަށް އެއްޗެއް އެހެން އެއްޗެއްގައި މަޑުން ކޭއްތިލުން. brush aside ބޮޑަށް ފިކުރު ނުހިންގާ، ބޭއަދަބީ ގޮތަކަށް، ކަމެއް އަވަހަށް އެއް ފަރާތްކުރުން. brush off ބޮޑަށް ފިކުރު ނުހިންގާ ބޭއަދަބީ ގޮތަކަށް އިންކާރު ކުރުން. ދެރަކޮށްލުން. brush-off މިގޮތަށް ކުރާ އިންކާރު ނުވަތަ މީހަކާ މެދު ހިތާ ހިތުން. brush up އާބާތުރަ ފިލުވުން. ރީތިކޮށްލުން. ކުރިން ދަންނަ ކަމެއް ނުވަތަ ޢިލްމެއް އަލުން ތަމްރީނުން ފަރިތަކޮށްލުން.

brushed

ބްރަޝްޑް. ނއ. (ފޭރާމާ މެދު) ކެހެރިގޮތަށް އުފުލިފައި ހުންނާނޭހެން އުއިތަކުން ކުރު ނަރުތައް ނުކުމެފައި. މަޚްމާ ފޮއްޗަކީ މިގޮތަށް ހަދައިފައި ހުންނަ ފޮއްޗެކެވެ.

brushless

ބްރަޝްލަސް. ނއ. ބުރުހެއް ބޭނުން ނުކުރާ. މ. ބައެއް ބާވަތުގެ މޯޓަރުގައި ބުރަޝް އެއް ނުހުރެއެވެ. އެއީ ބްރަޝްލަސް މޯޓަރެވެ.

brushwood

ބްރަޝްވުޑް. ނ. 1. ބޮޑެތި ގަސްތަކުގެ ތިރީގައި ހެދިފައި ހުންނަ ކުދި ގަސްތައް. 2. ބުރިކޮށްފައިވާ އޮފި. ހޯލި ދަރު.

brushwork

ބްރަޝްވާރކް. ނ. ކުލަޖައްސާ މީހަކު، އެނާ ކުލަޖެއްސުމުގައި ބޭނުންކުރާ ފޭޑި ނުވަތަ ގޮތް.

brusque

ބްރޫސްކް. ނއ. ވާހަކަ ދެއްކުމުގައި ނުވަތަ އުޅުމުގައި އަވަސްވެފައި ބަނިޔާދަންކަމެއް މޫރިތިކަމެއް ނެތް.

Brussels

ބްރަސްލްސް. ނ. ބެލްޖިއަމްގެ ވެރިކަން ކުރާ ޝަހަރު. Brussel sprouts ބޮނޑިކޮޕީގެ ބާވަތެއް. މީގެ އޮފީގައި ތަރުކާރީއެއްގެ ގޮތުގައި ބޭނުންކުރާ، މަލަހެއް، ކޯދެއް ފަދަ ނުފޮޅޭ ބޮނޑި ކުރި ގިނައިން ޖަހައެވެ.

brutal

ބްރޫޓަލް. ނއ. އަނިޔާވެރި، އިންސާނިއްޔަތްތެރިކަމެއް ރަޙްމެއް ނެތް، ވަޙްޝީ.

brutalize

ބްރޫޓަލައިޒް. ކ. މީހަކާ މެދު އަނިޔާވެރިކޮށް ރަޙްމެއް ނެތި ކަންކަން ކުރުން.

brute

ބްރޫޓް. . 1. އިންސާނުން ނޫން އެހެން ހައިވާނެއް. 2. ބްރޫޓަލް މީހެއް. brute force އަނިޔާވެރިކަމާއި ވިސްނުމެއް ނެތި ބޭނުންކުރާ ބާރު. 3. އެކު އުޅެން އުނދަގޫ މީހެއް ނުވަތަ އެއްޗެއް. ނއ. brutish.

bryony

ބްރައިއޮނި. ނ. ހުދު ނުވަތަ ކަޅު ޖޭމު އަޅާ ވެލަކަށް ތިރިކޮށް ހެދޭ ގަހެއް.

B.Sc.

ކުރުކޮށް ބެޗްލަރ އޮފް ސައިންސް. Bachelor of Science ޔުނިވަރސިޓީން ދޭ ފުރަތަމަ ސައިންސް ޑިގްރީ.

BST

ބީއެސްޓީ. ނ. ކުރުކޮށް British Summer Time.

Bt.

ކުރުކޮށް. Baronet ލަޤަބެއް.

bubble

ބަބްލް. ނ. 1. ވައިން ނުވަތަ ގޭހަކުން ފުރިފައިވާ ތުނި ދުއްޔެއް ބޭރުގައިވާ ބޯޅައެއް. ބޮކި. 2. އެއްޗެއްގެ އެތެރޭގައިވާ (މ. ބިއްލޫރީގައިވާ) ވައިން ނުވަތަ އެހެންވެސް ގޭހަކުން ފުރިފައިވާ ބޮތްކެއް. 3. ބޭރުން އެތެރެފެންނަ ސާފު އެއްޗަކުން ހަދައިފައިވާ ބައިބޯޅަ ބައްޓަމަށް ހުރި މަތިގަނޑެއް. —ކ. 1. ބޮކި އުފެދުން ނުވަތަ އުފެއްދުން. ބޮކި މައްޗަށް އެރުން. މިހެން ބޮކި އަރާއިރު ކިޔާ އަޑު ނުކުތުން ނުވަތަ އެ އަޑު ލެއްވުން. 2. ވަރަށް ދިރުން ހުރި ގޮތަށް އުޅުން. bubble-and-squeak ބޮޑިކޮޕީ އާއި އަލުވި ކޮށައި އެއްކޮށް ތެއްލައިގެން ހަދާ ކާނާއެއް. bubble-gum ބޮޑެތި ބޮކި އުފެއްދޭ ޗުވިންގަމް. bubble pack އެއްފަރާތުގައި ވައިބޮކިތަކެއް ހުންނަ ޕްލާސްޓިކް ކޮތަޅު ނުވަތަ ފޮށި. މިބޭނުންކުރަނީ ފަސޭހައިން ހަލާކުވާ ތަކެތި ނަގުލުކުރާށެވެ.

bubbly

ބަބްލީ. ނއ. ބޮކިން ފުރިފައި. މ. ފެން ފުޅިއެއް.

buccaneer

ބަކަނިއަރ. ނ. 1. 17 އަދި 18 ވަނަ ޤަރުނުގައި ކަނޑުފޭރެން އުޅުނު މީހުން. މިކަމަށް އެ މީހުންގެ ސަރުކާރުން އޮންނަނީ ހުއްދަ ދީފައެވެ. 2. ހަމައެއް ނަމައެއް ނެތް ނުރައްކާތެރި ކަންކަން ކުރާ ހިތްވާ މީހެއް.

Bucharest

ބިއުކަރެސްޓް. ބުކަރެސްޓް. ނ. ރޯމޭނިއާގެ ވެރިކަންކުރާ ސަހަރު.

buck

ބަކް. ނ. މުސަޅުގެ ނުވަތަ ފުއްލާގެ ފިރިހެން އެތި. —ކ. 1. (އަސް ފަދަ ހައިވާނު) ބުރަކަށި ގުދުކޮށްގެން ފުއްމުން. 2. ނުރަސްމީ ބަހުރުވައިން ނިޒާމަކާ އިދިކޮޅު ހެދުން ނުވަތަ އެ ތަންފީޒުކުރުމަށް ދެކޮޅު ހެދުން.buck rarebit ޕާން ފޮއްޗެއްގެ މައްޗަށް ޗީޒް އަޅައި އެ ދިޔާވަންދެން ހޫނުކޮށް، އެ މައްޗަށް ފެނުކެއްކި ކުކުޅުބިސް އަޅައި ތައްޔާރުކުރާ ކާނާއެއް. މިކަން ކޮށް އުޅެނީ ވޭލްސް ގައެވެ. buck up ނުރަސްމީ ބަހުރުވައިން އަވަސްކުރުން. ހިތް އުފާކުރުވުން ނުވަތަ ކުރުން.

buck

ބަކް. ނ. ޕޯކަރ ކުޅުމުގައި ބަހަން ދެން ޖެހޭ މީހެއް ފާހަގަކުރަން އޭނާގެ ކުރިމަތީގައި ބަހައްޓާ އެއްޗެއް. pass the buck ނުރަސްމީ ބަހުރުވައިން ޒިންމާ ނުވަތަ އިލްޒާމް އެހެން މީހަކަށް ފުރޮޅާލުން. buck-passing ނ.

buck

ބަކް. ނ. އެމެރިކާ އާއި އޮސްޓްރޭލިއާގެ ނުރަސްމީ ބަހުރުވައިން ޑޮލަރު. a fast buck ފަސޭހައިން ހޯދާ ފައިސާ.

buck

ބަކް. ނ. ޖިމްނާސްޓިކްގައި ބޭނުންކުރާ، މަތީގައި ހިފާނެ ތަނެއް ނެތް އަހެއްގެ ސިފައަށް ހުންނަ ހަރެއް.

bucked

ބަކްޑް. ނއ. ހިތްވަރު ލިބި ހިތްހަމަޖެހިފައި.

bucket

ބަކިޓް. ނ. 1. ދިޔާ ނުވަތަ ކުދި ވަކި ތަކެތި އުފުލުމަށް ގެންގުޅޭ އަތްގަނޑެއް ލީ އަނގަ ބަންދު ނުކުރެވޭ ކަންވާރެއް. ބާލިދީ. 2. ތަކެއްޗާ އެކު ބާލިދީ. ބާލިދީއަކަށް އެޅޭ މިންވަރު. —ކ. 1. ފޮޅެމުން ހަރަކާތްތެރިވުން. 2. ގިނައިން ފޭބުން. މ. ވާރޭ. rain was bucketing down. bucketful ނ. ބާލިދީއެއް ފުރެންދެން އެޅީމާ ހުންނަ ވަރު. bucket seat ކާރުގައި ކުރީގައި ހުންނަ ފަދަ ވަށައިގެން ބުރަކަށީގައި ޖެހޭ އެކަކު އިށީންނަ ގޮނޑި.

Buckinghamshire

ބަކިންހަމްޝަޔަރ. ނ. އިނގިރޭސި ވިލާތުގެ ކައުންޓީއެއްގެ ނަން.

buckle

ބަކްލް. ނ. މަޢުދަނުން ހަދައިފައި ހުންނަ، ޓޭޕު ނުވަތަ ކަމަރު އެއްސުމަށް، މެދުގައި ހުޅެއްލީ ދުލެއް ނުވަތަ އެހެން ގޮތަކަށް ވެސް ވާންކުރެވި ހިފެހެއްޓޭ ބައެއް ހުންނަ އާލަތެއް. —ކ. 1. ބަކްލް އަކުން ހިފެހެއްޓުން. 2. ބަރުބޮޑުވެގެން، ހޫނުވެގެން، ބަލިވެގެން ފަދަ ސަބަބަކާ ހުރެ ގުދުވުން، ތިރިވުން. މިހެން ވާގޮތް ހެދުން. މ. ހޫނުގެ ސަބަބުން ރޯވިހަރުގޭގެ ދަގަނޑު ފައިދޮށްތައް ވަނީ ބަކްލް ވެފައެވެ. ފުރަތަމަ މާނަ އުފެދުނީ ހެލްމެޓްގެ ދަތްދޮޅީގައި އައްސާ ވައުފަށަށް ކިޔާ ނަމުންނެވެ. buckle down to ކަމެއް ކުރަން ފަށައިގަތުން. buckle to ހަލިކަމާއި ހިތްވަރާއެކު މަސައްކަތް ފެށުން.

buckram

ބަކްރަމް. ނ. ތޮފިހެދުމަށާއި ފޮތުގެ ބޭރުގަނޑު ހެދުމަށް، ކަފައިން ނުވަތަ ކީއްތާނިން ވިޔެ، ތާންޖަހާފައި ހުންނަ ހަރު ފޮއްޗެއް.

Bucks.

ކުރުކޮށް Buckinghamshire.

buckshee

ބަކްޝީ. ނއ. ކއ. ނުރަސްމީ ބަހުރުވައިން، އެއްވެސް އަގެއް ނެތި. ހިލޭ.

buckshot

ބަކްޝޮޓް. ނ. ކުދި ރޭޒާފުއްތަކެއް ފަދަ މަޢުދަން ބޯޅަތަކެއް އަޅާފައި ހުންނަ އުންޑައެއް.

buckthorn

ބަކްތޯން. ނ. ބާވަތެއްގެ ތިރިކޮށް ހެދޭ ކަށިހުންނަ ގެއްސެއް.

bucolic

ބިއުކޮލިކް. ބިއުކާލިކް. ނއ. ރަށްފުށުގެ ދިރިއުޅުމަށް ނިސްބަތްވާ.

bud

ބަޑް. ނ. 1. ބޮޑުވުމުން ކުރިއަކަށް ނުވަތަ މަލަކަށް ވާނޭ ވަށްކޮށް ގަހުގައި ހުންނަ ގޮބު. މަލަސް. ކޯދު. 2. މުޅިން ނުފޮޅޭ ފަތެއް ނުވަތަ މަލެއް. ކަލީ. ކެލަ. އުއްބައްޑެއި. in buds އެފަދަ މަލަސް ނުކުތުމުގައި ގަސްވުން. —ކ. (budded, budding) 1. މަލަސް ނުކުތުމުގައި. 2. އެއް ގަހުގެ މަލަހެއް އެހެން ގަހެއްގެ އޮފީގައި ހެއްދުމަށް އެ ހަރުކުރުން.

Budapest

ބިއުޑަޕެސްޓް. ނ. ހަންގެރީގެ ވެރިކަންކުރާ ސަހަރު.

Buddha

ބޫ(ބު)ޑާ. ނ. 1. މީލާދީ ސަނަތު ފެށުމުގެ ކުރިން 563–483 އާ ދެމެދު އުޅުނު ގައުޓަމާ ކިޔާ މިހާރުގެ ނޭޕާލުގައި ވިހޭ މީހެއްގެ ލަޤަބު. މި މީހާއަށް ތަބާވާ ގިނަ ބަޔަކު މިހާރުވެސް އުޅެއެވެ. މިއީ ބުޑިޒަމް ކިޔާ ދީން ތަޢާރުފުކުރި މީހާ އެވެ. 2. ގައުޓަމާ ބޫޑާ ގެ ސިފައަށް ހަދާފައި ހުންނަ ބުދު.

Buddhism

ބޫ(ބު)ޑިޒަމް. ނ. އޭޝިޔާގެ ގިނަބަޔަކު ތަބާވާ ދީނެއް. މި ދީން ބިނާކޮށްފައިވާނީ ގައުޓަމާ ބޫދާ ގެ ދަރުސްތަކުގެ މައްޗަށެވެ. ނއ. Buddhist.

budding

ބަޑިން. ނއ. ހެދެމުން ކުރިއަރަމުން އަންނަ. މ. a budding poet މޮޅުވަމުން އަންނަ ޝާއިރެއް.

buddleia

ބަޑްލިއާ. ނ. މީރުވަސް ދުވާ ދަނބުކުލައާއި އެހެން ކުލައިގެ މައު އަޅާ ގަހެއް.

buddy

ބަޑީ. ނ. ނުރަސްމީ ބަހުރުވައިން ރައްޓެއްސެއް.

budge

ބަޖް. ކ. 1. ކުޑަކޮށް ގުޑުން. 2. ޤަބޫލުކުރާ ޚިޔާލެއް ބަދަލުކޮށްލުވުން ނުވަތަ ޤަރާރުވެ ހުރިތަނުން ގުޑުވައިލުން.

budgerigar

ބަޖެރިގަރ. ނ. ކޮށީގައި ގެންގުޅޭ އޮސްޓްރޭލިއާއަށް އަހުލުވެރި ކުދި ގުރާ. މިއީ ރާއްޖޭގައި ވެސް އެންމެ ޢާއްމު ގުރައެވެ.

budget

ބަޖިޓް. ނ. 1. ޤައުމެއްގެ ފައިސާއާ ބެހޭ ފަރާތުން، އެކަށައަޅައި އާމްދަނީ އާއި ޚަރަދުގެ އަންދާޒާ ހިސާބުތައް ހިމެނޭ ރޭވުމެއް ނުވަތަ ޕްލޭންއެއް. 2. ވަކި ކަމަކަށް ކަނޑައަޅާފައިވާ ފައިސާ. —ކ. (budget, budgeting) ފައިސާ ޚަރަދުކުރުމަށް ރޭވުން ނުވަތަ ކަނޑައެޅުން.

budgie

ބަޖީ. ނ. ނުރަސްމީ ބަހުރުވައިން ބަޖެރިގަރ. (ކުދި ގުރާ).

Buenos Aires

ވޭނޯސައިރީސް. ބޮނަސައިރީސް. ނ. އާރޖެންޓީނާގެ ވެރިކަން ކުރާ ސަހަރު (މާނައަކީ ފަހި ވައި).

buff

ބަފް. ނ. 1. މަޚްމާގެ ސިފަ ހުންނަ ދިބާޣު ކުޅަ މަޑު ރީނދޫ ކުލައެއްގެ ހަން. 2. މީގެ ކުލަ. 3. މީހާގެ ހަން ގަނޑު. މ. stripped to the buff ހަމާ ޖެހެންދެން ހެދުން ބޭލުން. 4. ނުރަސްމީ އެމެރިކާގެ ބަހުރުވައިން ކަމަކަށް ޝައުޤު ހުންނަ މީހެއް. މ. ޓެނިސް ބަފް އެއް. —ނއ. މަޑު ރީނދޫ ކުލަ. —ކ. މަޑު އެއްޗެއް އުނގުޅައިގެން އޮފު އެރުވުން.

buffalo

ބަފަލޯ. ނ. އޭޝިއާ، އެފްރިކާ އަދި އެމެރިކާގައި އުޅޭ ބާވަތެއްގެ ގެރިއާ ވައްތަރު ނަމަވެސް އެއަށް ވުރެ ވަރުގަދަ، ބޮޑު ހައިވާނެއް. މީގޮނު. މީހަރަކު. އެރުމަ.

buffer

ބަފަރ. ނ. 1. އެއްޗެއް އެހެން އެއްޗަކާ ޖެހުމުން އެކަމުގެ އަސަރުކުޑަކުރާ އެއްޗެއް. މ. އިހު ޒަމާނުގައި ކާރުގެ ކުރީގައި ހުރަހަށް ހުންނަ ދަގަނޑު. 2. ހަރަކާތްތަކުން ނުވަތަ ބަދަލުތަކުން ނުކުންނަ އަސަރު ކުޑަކުރާ ކަމެއް ނުވަތަ އެއްޗެއް. ގެއްލުމަކުން ރައްކާތެރިކުރާ މީހެއް ނުވަތަ އެއްޗެއް. ދެ ރޭޓެއްގެ މަސައްކަތް ކުރާ ދެ އެއްޗެއްގެ މެދުގައި، މަސައްކަތް ކުރާ ސްޕީޑް އަވަސް ކުރުމަށް ހުންނަ އެއްޗެއް. މ. ކީބޯޑާއި ކޮމްޕިއުޓަރާ ދެމެދު ވާ ބަފަރ. 2. ނުރަސްމީ ބަހުރުވައިން ރައްޓެއްސެއް. —ކ. ބަފަރ އެއްގެ ގޮތަށް މަސައްކަތް ކުރުން. buffer state ވަރުގަދަ ދެ ޤައުމެއްގެ ދެމެދުގައި ހަނގުރާމައެއް ހިނގުމުގެ ފުރުސަތު ކުޑަކުރުމަށް އެދެމެދުގައި އޮންނަ ގައުމު.

buffet

ބޫފޭ. ބުފޭ. ބަފައި. ނ. 1. ކެއުމަށް ތަކެތި ނަގާ ނުވަތަ ގަންނަ ކައުންޓަރެއް. 2. މެހެމާނުން އަމިއްލައަށް ތަކެތި ނެގުމަށް ކާ ތަކެތި އަތުރާފައި ހުންނަ ހުރުން. މ. ބޫފޭ ލަންޗް. buffet car ރޭލެއްގައި ކާތަކެތި ވިއްކާ ކާރު ނުވަތަ ކޮމްޕާރޓްމަންޓް.

buffet

ބުފިޓް. ނ. އަތުން ނުވަތަ އެހެން ވެސް އެއްޗަކުން ބާރަށް ޖަހާ އެތި ފަހަރު. ވައި ނުވަތަ ވާރޭ އެއްޗެއްގައި ނުވަތަ ތަނެއްގައި ތަކުރާރުކޮށް ބާރަށް އައިސް ޖެހޭ ޖެހުން. މ. ރަޙްމެއް ނެތި ވައި ބޮއްކުރައަށް ބުފިޓް ކުރަމުން ދިޔައެވެ. —ކ. މިގޮތަށް ޖެހުން.

buffoon

ބަފޫން. ނ. މޮޔައަކަށް ވެގެން އުޅޭ މީހާ. buffoonery މީހުން ހެއްވަން މޮޔަ ގޮތްގޮތަށް އުޅޭ އުޅުން.

bug

ބަގް. 1. ނުބައި ވަހެއް ދުވާ، ހަޑި ތަންތަނާއި އެނދުގައި އުޅޭ ހަޝާރާއެއް. މަކުނު. 2. އެމެރިކާގެ ބަހުރުވައިގައި ކުޑަ ކޮންމެ ހަޝާރާއެއް. 3. ނުރަސްމީ ބަހުރުވައިން ކުޑަ ޖަރާސީމެއް؛ ޚާއްޞަކޮށް ބަލިޖައްސާ ޖަރާޝީމެއް. 4. ނުރަސްމީ ބަހުރުވައިން، ތަނެއްގައި ދެކެވޭ ވާހަކަ ވަގަށް އަޑުއެހުމަށް ހަރުކުރާ މައިކްރޮފޯން، ކެމެރާ ފަދަ ތަކެތި. 5. ކޮމްޕިއުޓަރ ޕްރޮގްރާމް ފަދަ ތަކެތީގައިވާ ކުށެއް. އުނިކަމެއް. —ކ. (bugged, bugging) 1. ނުރަސްމީ ބަހުރުވައިން، ތަނެއްގައި އަޑުއެހުމަށް މައިކްރޮފޯން/ކެމެރާ ވަގަށް ހަރުކުރުން. 2. އެމެރިކާގެ ބަހުރުވައިގައި މީހަކު ރުޅިއެރުވުން. —ނއ. bugger. bug-eyed ލޯ ބޭރަށް ނުކުމެފައިވާ.

bugbear

ބަގްބެއަރ. ނ. ނުރުހެވޭ ނުވަތަ ބިރުގަންނަ އެއްޗެއް.

bugger

ބަގަރ. ނ. {މިއީ އަދަބުވެރި ވާހަކަ ދެއްކުމުގައި ބޭނުންކުރާ ލަފުޒެއް ނޫނެވެ.} 1. ބަގަރީ ގެ ޢަމަލު ހިންގާ މީހެއް (ތިރި ބަލާ!). 2. ހިތްގައިމު ނޫން، އުނދަގޫ މީހެއް. 2. — ހަޑިކޮށްލުން. ހަލާކުކޮށްލުން. bugger off ފެއްސޭށޭ ބުނަން އިނގިރޭސި ބަހުން ބުނާގޮތް. އައުގުރާނަ ލަފުޒެއްގެ ގޮތުގައި ބޭނުންކުރާ ލަފުޒެއް. bugger-all އެކައްޗެއްވެސް ނުވާ. އެއްވެސް އެއްޗެއް ނުވާ. ސުމެއް.

buggery

ބަގަރީ. ނ. އެހެން ފިރިހެނެއްގެ ފޫކޮޅަށް ޒަކަރު ވައްދައިގެން އެދުން ފުއްދާ ފުއްދުން.

buggy

ބަގީ. ނ. 1. ކުޑަ އަސްގާޑިއަލެއް. 2. ކުޑަ އިންޖީނުލީ އުޅަނދެއް. މ. ގޮލްފް ބަގީ.

bugle

ބިއުގަލް. ނ. ކުޑަ ދުންމާރިއެއް ފަދަ ލޮއިން ހަދާފައިވާ މިޔުޒިކީ އާލަތެއް. މިއީ ބައެއް ކަހަލަ ކަންކަން އެންގުމަށް ސިފައިން ފުމޭ އެއްޗެކެވެ. ނ. މި ފުމޭ މީހާ. bugler.

bugle

ބިއުގަލް. ނ. އަލިނަރު މައު ހެން ތަނޑިއެއްގައި ނޫ މައުތަކެއް އަޅާ ވެލެއް.

bugloss

ބިއުގްލޮސް. ނ. ނޫކުލައިގެ މައު އަންނަ، ކަށި ފަތްތަކެއް ހުންނަ ވަލު ގަހެއް.

build

ބިލްޑް. ކ. (built, building) ބައިތައް އެއްކޮށްގެން ނުވަތަ ވަކި ތަކެތި ބޭނުންކޮށްގެން ހެދުން. އުފެއްދުން. ރޭވުން. ވުޖޫދުކުރުން. ތަޢުމީރު. —ނ. ހަށިގަނޑުގެ ބައްޓަން. މ. of slender build. build on ކުރިން ކޮށްފައިވާ ކަމެއްގެ މައްޗަށް ބަރޯސާވެ ބިނާކުރުން. build up ލަސްލަހުން އެއްވަމުން ދިއުން. މ. ކިސަޑު. މަޑުމަޑުން ގިނަވަމުން ނުވަތަ ޤަރާރުވަމުން ދިއުން. މ. ރުޅި. ޚޫޝާމިދުކޮށްގެން ގަދަކުރުން ނުވަތަ ހިތްވަރުދިނުން. ޢިމާރާތްތަކުން ފުރައިލުން. ނ. build-up.

builder

ބިލްޑަރ. ގެދޮރު ބިނާކުރާ މީހެއް. ވަޒީފާއަކީ ގެދޮރު ޢިމާރާތްކުރުންކަމަށް ވާ ފަރާތެއް.

building

ބިލްޑިންގ. ނ. 1. ގެ ފަދަ ތަކެތި ބިނާކުރާ ކުރުން. 2. ވަދެވޭ ގޮތަށް ހުރި ދާއިމީ ބިނާއެއް. ޢިމާރާތް. building society ގެދޮރު ޢިމާރާތް ކުރަން ނުވަތަ ގަންނަން ބޭނުންވާ މީހުންނަށް ޑިޕޮޒިޓެއް ދެއްކުމުން ލޯނު ދޭ ބޭންކެއް.

built

ބިލްޓް. (ބަލާ build!) —ކ. ވަކި ސިފައަކަށް ހެދިހުރި، ބިނާކުރެވިފައިވާ. މ. sturdily built ގަދަކޮށް ބިނާކުރެވިފައިވާ. built-in އެއްޗެއްގެ އޮނިގަނޑު ހެދިއިރު އޭގެ ބައެއްގެ ގޮތުގައި ހެދިފައިވާ. މ. ބިލްޓް-އިން އަލަމާރި. built-up ޢިމާރާތްތަކުން ފުރިފައިވާ. މ. ސަރަހައްދެއް.

bulb

ބަލްބް. ނ. (ފިޔާ، މުޅާގޮނޑި ފަދަ) ހުޅުބުގޮތަށް ގާތްގާތުގައިވާ ޅިޔަތަކަކުން އުފެދިފައިވާ ގަސް ހެދޭ ގުޅަ ގޮނޑި. ގަސްފަޅަނީ މި ޅިޔަތަކުގެ މެދުން ނުކުންނަ ކޯދުންނެވެ. 2. ގޮނޑިން ފަޅާ ގަސް. 3. ގޮނޑި ސިފަ ހުންނަ އެއްޗެތި. (މ. އިލެކްޓްރިކް ބޮކި).

bulbous

ބަލްބަސް. ނއ. 1. ގޮނޑިއަކުން އުފެދިގެން އަންނަ. 2. ފަލަކޮށް ވަށްކޮށް ސިފަހުރި.

Bulgaria

ބަލްގޭރިއާ. ބުލްގޭރިއާ. ނ. ޔޫރަޕުގައިވާ ޤައުމެއް. ނ. ނއ. Bulgarian.

bulge

ބަލްޖް. ނ. ބޭރަށް ނުކުމެފައިވާ ފުއްޕުމެއް. ބޭރަށް ހުރި ކިއްސަރެއް. — ކ. މިފަދަ ބައްޓަމެއް ހެދުން. ބޭރަށް ފުފޭ ގޮތް ހެދުން.

bulk

ބަލްކް. ނ. 1. ސައިޒު ނުވަތަ ބޮޑުމިން، ޚާއްޞަކޮށް ބިޔަނަމަ. 2. ބޮޑު ބައި. 3. ބޮޑު ބައްޓަމެއް، މީހެއް، ހަށިގަނޑެއް، އޮނިގަނޑެއް ފަދަ އެއްޗެއް. —ކ. އެއްޗެއްގެ ބޯމިން/ސައިޒު ބޮޑުކުރުން. މ. bulk it out. bulk buying އެއްފަހަރާ ގިނަ ޢަދަދަކަށް ގަތުން. އުފައްދާ މީހެއްގެ ހުރިހާ އެއްޗެއް އެއްފަހަރާ ގަތުން. ގަނޑުކޮށް ގަތުން. bulk large ބޮޑުކަމަށް (މުހިއްމުކަމަށް) ފެނުން. in bulk ވަކި ވަކިން ޕެކެޓް ނުކޮށް އެކަތިގަނޑެއްގެ ގޮތުގައި (މ. ސިމެންތި ނަމަ ވަކި ބަސްތާގެ ބަދަލުގައި ބޮޑު ފުނިވަރެއް).

bulkhead

ބަލްކްހެޑް. ނ. ބޯޓުފަހަރާއި މަތިންދާބޯޓާއި އުޅަނދުތަކުގައި، ބިތްތައް ހިފެހެއްޓުމަށް ތެދަށް ޖަހާ ޕާޓިޝަން އެއް. ދޯނީގެ ދެ ފަރާތުގެ މަޑޫތައް ފޭވިޔަ ނުދީ ހިފެހެއްޓުމަށް ވައްތަކަށް ބަހަން ޖަހާ ހުރަސް ވަކަރުތަކަކީ މި ބޭނުމުގައި ޖަހާ އެއްޗެކެވެ.

bulky

ބަލްކީ. ނ. (bulkier, bulkiest) ޖާގަ ގިނައިން ބޭނުންވާ/ނަގާ. މ. ފުޅިމަދަކީ ބަލްކީ އެއްޗެކެވެ.

bull

ބުލް. ނ. 1. ހުންސާ ނުކޮށް ހުންނަ ގެރި އާއިލާގެ ފިރިހެން އެތި. 2. އެތް، ބޮޑުމަސް ފަދަ ބޮޑެތި ޖަނަވާރުތަކުގެ ފިރިހެން އެތި. 3. The Bull ދެވަނަ ރާހި. 4. ސްޓޮކް އިކްސްޗޭންޖް އެއްގައި އަގުމަތިވުމުން އަވަހަށް ވިއްކާލުމުގެ ބޭނުމުގައި ޙިއްޞާ ގަންނަ މީހާ bull market ޙިއްޞާތަކުގެ އަގު އަވަހަށް އުފުލޭ ޙިއްޞާގެ ބާޒާރުގެ ދުވަސްވަރެއް. 5. އަމާޒު ފަތްގަޑެއްގެ ސީދާ މެދު. bull-nosed ނއ. ކުރި ތޫނުނޫން. ކުރި ވަށްކޮށް ހުންނަ. މ. ބޮޑެތި މަތިންދާބޯޓުގެ ކުރީކޮޅު ހުންނަގޮތް.

bull

ބުލް. ނ. ނަޞާރާދީނުގެ ޕޯޕް ރަސްމީކޮށް އަންގާ އެންގުމެއް.

bull

ބުލް. ނ. 1. {ހުތުރު ބަހުރުވައިން} މުޅިން ރޯމަރު ދޮގު. ތާކުންތާކު ނުޖެހޭ ވާހަކަ. 2. ނުރަސްމީ ބަހުރުވައިން މަންފާއެއް ނުވާކަމަށް ބެލެވޭ ނަމަވެސް ޢާއްމުކޮށް ކުރާކަމެއް.

bulldog

ބުލްޑޯގް. ނ. ހަށިގަނޑު ވަރުގަދަ، ތިރި، މޫނު ހަތަރެސްކަން ނުރައްކާތެރި ކުއްތާގެ ބާވަތެއް. bulldog clip ގަދަބާރަކާ އެކު ހިފަހައްޓާ އިސްފިރޭނު ބާރު ހުންނަ ކްލިޕެއް.

bulldoze

ބުލްޑޮއުޒް. ކ. 1. ބުލްޑޮއުޒަރ އެއް ބޭނުންކޮށްގެން ސާފުކުރުން. 2. ނުރަސްމީ ބަހުރުވައިން ބިރުދައްކައިގެން ނުވަތަ މަޖުބޫރުކޮށްގެން ކަމެއް ކުރުވުން. މ. he bulldozed them into accepting it.

bulldozer

ބުލްޑޮއުޒަރ. ނ. ވެލި އެކި ދިމާއަށް ގެންދިއުމަށް ނުވަތަ ބިން އެއްވަރު ކުރުމަށް ކުރިމަތީގައި ބޮޑު ފުޅާ ފަކީރާއެއް ހަރުކުރި ޓްރެކްޓަރ އެއް.

bullet

ބުލިޓް. ނ. ބަޑިޖަހާއިރު އެއިން ފޮނުވާ މަޢުދަނުން ހަދައިފައި ހުންނަ ވަށް ބޯޅައެއް ނުވަތަ ދިގު ފޯއްޔެއް. އުންޑަ. bullet-proof ކއ. އުންޑަ ނުވަންނަ.

bulletin

ބުލަޓިން. ނ. ރަސްމީ ކުރު ޚަބަރެއް ނުވަތަ އެފަދަ ޚަބަރު ހިމެނޭ ނޫހެއް.

bullfight

ބުލްފައިޓް. ނ. ޢާއްމުންގެ ކުޅިވަރެއްގެ ގޮތުގައި ގެރިއަށް ގޯނާކޮށް ފަހަތުން ދުވެ އޭގައި ތެޅުން. މިއީ ޔޫރަޕުގެ ބައެއް ޤައުމުތަކުގައި ކުރާ ކަމެކެވެ. ނ. bull-fighter.

bullfinch

ބުލްފިންޗް. ނ. ތުން ވަރުގަދަ، މޭމަތި ފިޔާތޮށިކުލައިގައި ހުންނަ ގޮވާ ދޫންޏެއް.

bullion

ބުލިއަން. ނ. ފައުނާއި ފައިސާ ޖެހުމުގެ ކުރިން އެކަތިގަނޑަށް ހުންނަ ރިހި ނުވަތަ ރަން ފޯލި، ބިސްކޯދު ނުވަތަ ހަކިބަ.

bullock

ބުލޮކް. ނ. އޮށް ބުރިކޮށް، ވަކިކޮށްލައިފައިވާ، ހުންސާކޮށްފައިވާ ފިރިހެން ގެރިއެއް.

bullring

ބުލްރިންގ. ނ. ފިރިހެން ގެރި ތަޅާފޮޅުވަން ހަދައިފައި ހުންނަ ބުރެއް.

bull’s-eye

ބުލްސް-އައި. ނ. 1. އަމާޒު ފަތްގަޑެއްގެ ސީދާ މެދު. 2. ހަރު މެޓާގެ ބާވަތެއް.

bull-terrier

ބުލް-ޓެރިއަރ. ނ. ކުއްތާގެ ވައްތަރެއް. މިއީ ޓެރިއަރ ކިޔާ ބާވަތުގެ ކުއްތާ އާއި ބުލްޑޯގް ކިޔާ ބާވަތުގެ ކުއްތާ ޖޯޑުކޮށްގެން އުފައްދާ ބާވަތެކެވެ.

bully

ބުލީ. ނ. އެހެން މީހުން ބިރުގަންނަވައި ދެރަކުރަން ބާރު ބޭނުންކުރާ މީހާ. —ކ. (bullied, bullying) މިގޮތަށް ޢަމަލުކުރުން. ބިރު ދެއްކުން. މިގޮތަށް ބިރު ދެއްކުމުގައި އެތައް ދުވަހެއްވެ، ފަހުން ބޭނުންނުވާ ކަމެއް އެމީހާ ލައްވައިކުރުވުން.

bully

ބުލީ. ކ. (bullied, bullying) ހޮކީ ކުޅުން ފެށުމުގެ ކުރިން، ދެޓީމުން މީހަކު ބިމުގައި ދަނބު ޖައްސައި ދެން އެއަށް ފަހު ދެދަނބު ޖައްސައި މިގޮތަށް ތިން ފަހަރު ތަކުރާރުކުރާ ކުރުން. bully off ނ. މި ގޮތަށް ކުޅުން ފަށާ ފެށުން.

bully beef

ބުލީ ބީފް. ނ. ލޮނާއި ހަވާދުލައި ތައްޔާރުކޮށްފައި ހުންނަ ގެރިމަސް.

bulrush

ބުލްރަޝް. ނ. ފެންގަނޑުގެ ކައިރީގައި އުހަށް ހެދޭ އޮމާން ބައެއް ހުންނަ ދިގު ތަނޑިއެއް ހުންނަ ހައިއެއް.

bulwark

ބޫލްވާރކް. ނ. 1. ވެލިން ދިފާޢީ ކަމެއްގެ ގޮތުގައި ހަދާ އުސް ފާރެއް. 2. ދިފާޢީ ނުވަތަ ސަލާމަތީ އެއްޗެއްގެ ގޮތުގައި މަސައްކަތްކުރާ އެއްޗެއް. bulwarks އޮޑިއެއްގެ ތައްޓުން މައްޗަށް ހުންނަ އަރިމަތިތައް (މަޑޫތައް).

bum

ބަމް. ނ. ނުރަސްމީ ބަހުރުވައިން ފިނދުމަސްގަނޑު.

bum

ބަމް. ނ. އެމެރިކާގެ ބަހުރުވައިގައި ސަލާންޖަހާ މީހެއް. މަންޒިލެއް ނެތި އުޅޭ މީހެއް.

bumble

ބަމްބްލް. ނ. ގޯސްހެދެނިވި ގޮތަކަށް އުޅެގަތުން.

bumble-bee

ބަންބްލް-ބީ. ބޫން އަޑު ލައްވާ ބޮޑު މެއްސެއް. މާބުރު.

bumf

ބަމްފް. ނ. ނުރަސްމީ ބަހުރުވައިން ޓޮއިލެޓް/ފާޚާނާ ކަރުދާސް/ޓިޝޫ.

bummalo

ބަމަލޯ. ނ. ދެކުނު އޭޝިއާގެ އައްސޭރިފަށުގައި އުޅޭ ކުޑަ މަހެއް.

bump

ބަމްޕް. ކ. 1. ބުން އަޑަކާ އެކު ތަނެއްގައި ޖެހޭ ޖެހުން. ގޮނބިނަގާގޮތަށް ޖެހުން. މިކަމުން އަނިޔާވުން. 2. މައްޗަށް ގޮސް ތިރިއަށް ގޮސް މިގޮތަށް ތެޅެމުން ދަތުރު ކުރުން. —ނ. 1. ޖެހުމުން ކިޔާ އަޑު. މިއަޑު ނުކުންނަ ޢަމަލެއް ނުވަތަ ހަރަކާތެއް. 2. ޖެހުމުން އުފުލިފައި ހުންނަ ބައި. ގޮނބި. މ. ބޯ ފާރުގައި ޖެހުމުން ނަގާ ގޮނބި. 3. އެއްޗެއްގެ މަތީގައި ދުޅަވެފައި ނުވަތަ ގޮނބިނަގާފައި ހުންނަ ގޮތަށް އުފުލިފައި ހުންނަ ތަން. bump into ނުރަސްމީ ބަހުރުވައިން މީހަކާ ރޭވުމެއް ނެތި އިއްތިފާގުން ދިމާވުން. bump off ނުރަސްމީ ބަހުރުވައިން މަރައިލުން. bump up ނުރަސްމީ ބަހުރުވައިން މައްޗަށް އެރުވުން. މ. އަގު.

bumper

ބަމްޕަރ. 1. ގިނައިން ހުރި ނުވަތަ ސައިޒުން ބޮޑު އެއްޗެއް. މ. ބަމްޕަރ ކްރޮޕް އެއް = ގިނަ ގޮވާން ލިބުނު ގޮވާން ކެނޑުމެއް. 2. އެއްޗެއްގައި ޖެހުމުން ކުރާ އަސަރު ކުރުމަށް ކާރު ފަދަ ތަކެތީގެ ދެކޮޅުގައި ހުރަހަށް ހަރުކޮށްފައި ހުންނަ ދަގަނޑެއް. 3. ކްރިކެޓްގައި ބޯޅަ އުކުމުން ބިމުގައި ޖެހި ވަރަށް މައްޗަށް އަރާ ބޯޅަ.

bumpkin

ބަމްޕްކިން. ނ. މީހުންގެ ތެރޭގައި އުޅުމުގެ ރީތި އަދަބުތައް ނޭނގޭ ރަށްފުށުގެ މީހެއް.

bumptious

ބަމްޕްޝަސް. ނ. ބޮޑާ. ކިބުރުވެރި. ކއ. bumptiously. ނ. bumptiousness.

bumpy

ބަމްޕީ. ނއ. (bumpier, bumpiest) ބަމްޕްތަކުން ފުރިގެންވާ. ތެޅިތެޅިވާ. މ. ބަންޕީ މަގު. މަގުގެ އަޑިގުޑަންތައް ގިނަކަމުން ދުވެލި އޮމާންނުވާ.

bun

ބަން. ނ. 1. ބަނަސް. ފޮނި ކުޑަ ކޭކެއް. 2. ސްކޮޓްލަންޑްގެ ފުރުޓް ކޭކު. މޭބިސްކަދުރު އެޅި ޕާން. 3. އިސްތަށިގަނޑުން ޖަހާ ހުޅި.

bunch

ބަންޗް. ނ. 1. ކޯންޏެއް. މ. މޭބިސްކަދުރު ނުވަތަ މައު ކޯޅި އެއް. ދަސްތާ. ބާގަ. 2. ކުދިކުދި އެއްޗެތިތަކެއް ވަލުން ނުވަތަ އެހެންވެސް ގޮތަކަށް އެއްސިފައިވާ އެއްޗެއް މ. ތަޅުދަނޑި ބަންޗް އެއް. 3. ނުރަސްމީ ބަހުރުވައިން ޖަމާޢަތެއް. —ކ. ކޯންޏެއްގެ ގޮތަށް ނުވަތަ ރޫތަކެއް ޖެހިފައިވާ ގޮތަށް އެކުވުން.

bunchy

ބަންޗީ. ނއ. ތަރުތީބެއް ނެތްގޮތަށް ގުޅަކެވިފައިވާ. މ. ގައުފޮޅު މަތީގައި ބަހައްޓާފައި ހުރި ގަސްވަށިތަކުން ފަޅައިފައިވާ ބަންޗީ ގަސްތައް.

bundle

ބަންޑްލް. ނ. 1. ބޮޚުސާކޮށްފައި ނުވަތަ ދޫކޮށް އައްސާފައިވާ ސާމާނުތަކެއް. ބަންޑެލި. 2. މާރު. ބަންޑެއްޔަކަށް އައްސާފައިވާ ދަނޑި ނުވަތަ ފޯލި. 2. ނުރަސްމީ ބަހުރުވައިން ގިނަ ފައިސާތަކެއް. —ކ. 1. ބަންޑެލި ޖެހުން. bundled up in thick clothes ބޯ ފޭރާމުން ސިފަ ރީތި ނޫންގޮތަކަށް ހެދުން އަޅައިފައިވާ. 2. ތަރުތީބެއް ނެތި އަވަހަށް އެއްފަރާތްކުރުން. މ. bundled him in a taxi ޓެކްސީ އެއްގެ އެތެރެއަށް މީހަކު ގަޅުވައިލުން. go a bundle on ނުރަސްމީ ބަހުރުވައިން ވަރަށް ބޮޑަށް ރުހުން.

bung

ބަންގ. ނ. ފުޅިއެއް ނުވަތަ ފީފާއެއް ގައިވާ ލޯވަޅު ބެއްދުމަށް ބޭނުންކުރާ މަތިގަނޑު ނުވަތަ އުނގުރި —ކ. 1. އުނގުރިއެއް ނުވަތަ މަތިގަނޑެއް ޖަހައި ބަންދުކުރުން. 2. ނުރަސްމީ ބަހުރުވައިން އެއްލުން. މ. bung it over here މިތަނަށް އެ އެއްލާށެވެ. bunged up ބެދިފައި.

bungalow

ބަންގަލޯ. ނ. އެއްބުރިއަށް ވަކިން ހަދައިފައި ހުންނަ ގެ. ދިވެހީން ކުރިން އުޅުނީ މިފަދަ ގޭއްގޭގައެވެ.

bungle

ބަންގްލް. ކ. ހުނަރުނެތުމުގެ ސަބަބުން ކަމެއް ކުރުމުގައި އެކަމުން ގެއްލުންތަކެއް ލިބުން. ހަދާނެ ގޮތެއް ނޭނގި، ރޭވުންތެރިކަމެއް ނެތި، ކަމެއް ކުރުމުގައި އުޅެގަތުން. —ނ. މިފަދަ ޢަމަލެއް. bungler ނ.

bunion

ބަނިއަން. ނ. ފައިގެ ބޮޑުވާ އިނގިލީގެ ފަހަތު ބަދަ ދުޅަވާ ދުޅަވުން. މިހެން ވުމުން މި އިނގިލީގެ ކުރި ކުޑަވާ އިނގިއްޔާ ދިމާއަށް ލެނބި ފަހަތުބަދައިގެ ހަން ބޯވެ ނިކުމެއެވެ.

bunk

ބަންކް. ނ. މަތާރަން ފިލައެއްގެ ގޮތަށް، ނައު، އޮޑި ފަހަރުގައި ހުންނަ އެނދެއް. bunk beds އެއް އެނދުމަތީ އަނެއް އެނދު ބަހައްޓައި ހަދައިފައި ހުންނަ ފަރުނީޗަރެއް.

bunk

ބަންކް. ކ. ނުރަސްމީ ބަހުރުވައިން ވަކިގެން ދުވެފައި ނުވަތަ ހިނގާފައި ދިއުން. do a bunk މިގޮތަށް ފިލުން.

bunk

ބަންކް. ނ. ނުރަސްމީ ބަހުރުވައިން bunkum.

bunker

ބަންކަރ. ނ. 1. ތެޔޮ އެޅުމަށް ނުވަތަ އެންދުމަށް ހުންނަ ތަކެތި އަޅާ ކަންވާރެއް ނުވަތަ ތާނގިއެއް. 2. ގޮލްފު ކުޅޭ ދަނޑުގައި ވެލިލައި އަޑިކޮށްފައި އޮންނަ ތަނެއް. 3. ބިމުގެ އަޑީގައި ހަނގުރާމައިގައި ރައްކާތެރިކަން ހޯދުމަށް ވަރަށް ގަދަކޮށް ހަދާފައި ހުންނަ ހިޔާވައްސެއް. —ކ. ބޯޓެއް ދުއްވުމަށް ބޭނުންވާ ތެޔޮ އޭގައިވާ ތާނގިތަކަށް އެޅުން.

bunkum

ބަންކަމް. ނ. ތާކުންތާކު ނުޖެހޭ ވާހަކަ. ހޮޅި ވާހަކަ.

bunny

ބަނީ. ނ. ކުޑަކުދިންގެ ބަހުރުވައިން މުސަޅު.

bunt

ބަންޓް. ކ. ބޮލުން ކޮއްޕުން. —ނ. ބޮލުންކޮށްޕައިލާ ކޮށްޕައިލުން.

bunting

ބަންޓިން. ނ. ފިންޗް އާއިލާގެ އެކި ކުލަ ހުންނަ ދޫންޏެއް.

bunting

ބަންޓިން. ނ. 1. މަގުތަކާއި އިމާރާތްތަކުގައި ޒީނަތަކަށް ދަމާ ފީތާ އާއި ދިދަ ފަތި. 2. މިފަދަ ތަކެތި ހެދުމަށް ބޭނުންކުރާ އުއިދުރު (ބަދަހިނޫން) ފޮތި.

buoy

ބޮއި. ނ. އުޅަނދު ފަހަރު ދަތުރުކުރުމަށް ފަސޭހައަށް، ތިލަ ތަންތަން ފާހަގަކުރުމަށް ނުވަތަ ދަތުރުކުރަންޖެހޭ މިސްރާބު ދެއްކުމަށް ކަނޑުމަތީގައި އޮންނަ (ބެއްސާ) ބޮތްކެއް، ދިދައެއް ފަދަ އެއްޗެއް. ބޮއި. —ކ. ބޮއި ބޭނުންކޮށްގެން ފާހަގަކުރުން. 2. ފެންމަތީގައި ކަމެއް ނުވަތަ އެއްޗެއް އޮންނަ ގޮތް ހެދުން ނުވަތަ އެހެން ވުން. މ. buoyed up with new hope އައު އުއްމީދުތަކެއް ލިބުން.

buoyant

ބޮއިއަންޓް. ބޮޔަންޓް. ނއ. 1. ފެންމަތީގައި އޮންނަ. 2. ހިތްގައިމު. އުފާވެރިކަން ވެރިވެފައިވާ. ކއ. buoyantly، buoyance. ފެންމަތީ އޮތުމުގެ ބާރު، ބެއްސާ ބެއްސުން.

bur

ބަރ. ނ. އިސްތަށީގައި ނުވަތަ ހެދުމުގައި އަޅައިގަންނަ، ގަސްގަހުގައި އަޅާ މައު ނުވަތަ ތޮޅި ފަދަ ތަކެތި. މިފަދަ ގަސް.

burble

ބާރބްލް. ކ. 1. ގައުތަކެއްގެ މަތީގައި ފެން ދަތުރުކުރާއިރު ކިޔާބާވަތުގެ އަޑެއް އިއްވުން ނުވަތަ އެއަޑު އުފެއްދުން. 2. ދިގުކޮށް ވާހަކަ ދެއްކުން.

burden

ބާރޑްން. ނ. 1. އުފުއްލާ އެއްޗެއް، ހިއްލައިފައިވާ ބަރެއް. 2. އެހީތެރިވުމަށް، ބާރުލުމަށް ދަތިކަމެއް. މ. ޓެކްސްގެ ބާރޑްން. 3. ތަޤްރީރެއްގެ މައިގަނޑު މައުޟޫޢު. —ކ. އެއްޗެއް ބަރުކުރުން، ބަރެއް އުނދަގުލެއް އުފުލަން ދިނުން. beast of burden ބުރަކަށި މައްޗަށް އެއްޗެތި އަރުވައިގެން ދަތުރުކުރާ ޖަނަވާރު. the burden of proof މީހަކު ބުނާ އެއްޗަކީ ތެދެއްކަން ކަށަވަރުކޮށްދިނުމުގެ ޒިންމާ.

burdensome

ބާރޑްންސަމް. ނއ. އުނދަގޫ ދެނިވި. ވަރުބަލި ކުރުވަނިވި.

bureau

ބިއުރޯ. ނ. 1. ޑެސްކެއްގެ ގޮތުގައި ބޭނުންކުރާ ވަތްގަޑު ލީ ތިރި ފަރުނީޗަރެއް. މީގެ މަތިގަނޑު ހުންނަނީ ހުޅުލައި ލެއްޕޭ ގޮތަށެވެ. 2. އޮފީހެއް ނުވަތަ އޮފީހުގެ ޑިޕާޓްމަންޓްއެއް/ބައެއް. މ. travel bureau.

bureaucracy

ބިއުރޯކްރެސި. ނ. 1. އިންތިޚާބުން ހޮވާފައި ތިބޭ މީހުންގެ ބަދަލުގައި ވެރި ފަރާތުން ޢައްޔަނުކުރާ ބައެއް ހިންގާ ސަރުކާރެއް. 2. މި މީހުން. 3. ބޭނުންވާ ވަރަށް ވުރެ އިތުރަށް ގަވާއިދުތަކާއި އުސޫލުތައް ގިނަވެފައިވާ ނިޒާމު. މިހެން ބައެއް ފަހަރުވަނީ ސެކްޝަން ތަކާއި ޑިޕާޓްމަންޓްތައް މާ ގިނަވުމުގެ ސަބަބުންނެވެ.

bureaucrat

ބިއުރޯކްރެޓް. ނ. ގަވާއިދުތަކުގެ މަޤްޞަދާއި ބޭނުމަށް މާ ބޮޑު ވިސްނުމެއް ނުހިންގައި އޮފީހެއް ހިންގާ ސަރުކާރުގެ ތަނެއްގައި މަސައްކަތް ކުރާ އޮފިޝަލެއް.

bureaucratic

ބިއުރޯކްރެޓިކް. ނއ. 1. ބިއުރޯކްރެސީއަކަށް ނިސްބަތްވާ. 2. ބިއުރޯކްރެސީއަކާ ވައްތަރު ނުވަތަ އެސިފަ ހުރި.

burette

ބިއުރެޓް. ނ. އެއްޗަކަށް އެޅޭ ދިޔައިގެ މިންވަރު ވަޒަންކުރުމަށް އެއްކޮޅުގައި އިސްކުރެއްލައި، ދިޔަހުރިވަރު އެނގޭ ގޮތަށް މިން ޖަހާފައި ހުންނަ ބިއްލޫރި ހޮޅިބުރިވަރެއް.

burgeon

ބަރޖަން. ކ. އަވަހަށް ހެދި ބޮޑުވުން ނުވަތަ އިތުރުވުން. މ. ފާލަން އެޅުމުން ހުޅުމާލޭގެ އާބާދީ ބަރޖަން ވުން.

burger

ބާރގަރ. ނ. ކުރުކޮށް ހޭމްބަރގަރ (hamburger) ނުވަތަ މިސިފައަށް ހުންނަ ކާނާ.

burgh

ބަރޯ. ނ. ސްކޮޓްލަންޑްގެ borough އެއް. ބަރޯއަކީ ދިވެހިރާއްޖޭގައި ރަށު/ސިޓީ ކައުންސިލް ހުންނަ ދާއިރާތައް ފަދަ ސަރަޙައްދެކެވެ.

burglar

ބާރގްލަރ. ނ. ވައްކަންކުރުމުގެ ބޭނުމުގައި، ވަގަށް ޢިމާރާތަކަށް ވަންނަ މީހާ. ވަގު، ޗޯރު، ނ. burglary.

burgle

ބާރގްލް. ވަގެއްގެ ގޮތުގައި މިލްކުނުވާ މުދައު ނެގުން.

burgomaster

ބާރގޯމާސްޓަރ. ނ. ޑަޗް އަވަށެއްގެ ވެރި މީހާ، މޭޔަރ.

burgundy

ބާރގަންޑީ. ނ. 1. ފްރާންސްގެ ބާރގަންޑީ ސަރަޙައްދުން އުފައްދާ ބަނގުރާ. އެހެން ސަރަޙައްދެއްގައި އުފައްދާ މިފަދަ ރާ. 2. ކަޅު ދަނބުކުލައެއް ހުންނަ ރަތްކުލަ.

burial

ބެރިއަލް. ނ. 1. ވަޅުލަމުން ގެންދާ. ވަޅުލާ ވަޅުލުން. 2. ވަޅުލާފައިވާ ގަބުރެއް/މަރުވެފައިވާ މީހެއްގެ ކަށިގަނޑު. މ. އަންޒަމާނު ދުވަސްވަރުގެ ބެރިއަލް އެއް މިތަނުން ފެނުނެވެ.

burlesque

ބާރލެސްކް. ނ. ސީރިއަސް އެއްޗެއް ނުވަތަ ކަމެއް، މޮޔަ ތާކުންތާކު ނުޖެހޭ ކަމެއްގެ ގޮތުގައި ދައްކާ ތަމްސީލު ނުވަތަ ލިޔުން.

burly

ބާރލި. (burlier, burliest) ނއ. ބޮޑުވެފައި ވަރުގަދަ، ގަދަފަދަ ހަށިގަނޑެއް ލިބިފައިވާ. ވަރުގަދަ. ނ. burliness.

Burma

ބާރމާ. އިރު ދެކުނު އޭޝިއާގެ ޤައުމެއް. މި ޤައުމަށް މިހާރު ކިޔަނީ މިއަންމާ އެވެ. ނ. ނއ. Burmese.

burn

ބާރން. ކ. (burnt, burned) 1. އަލިފާނުން (ހުޅުން) ނުވަތަ ގަދަ ހުތުން ނުވަތަ ކެމިކަލުން ގެއްލުންދިނުން ނުވަތަ ހަލާކުކޮށްލުން. ހުޅުހިފުން. ރޯވުން، ރޯކުރުން. އެންދުން. 2. މިގޮތުން ގެއްލުން ލިބުން. 3. އަލިފާނުން ނުވަތަ ހޫނުން އުފެއްދުން ނުވަތަ ފާހަގަލުން. money burns holes in his pocket އަވަހަށް ފައިސާ ހޭދަކުރަން ބޭނުންވާ. 4. ހަކަތަ ލިބިގަތުމަށް އެންދުން. މ. ދަރު. 5. އައްޔާއި ހޫނު އުފެއްދުން. 6. ހުޅުހިފާ (މ. ލަކުޑި). 7. ހޫނުވުން ނުވަތަ އެހެންވާ ގޮތް ހެދުން. my ears are burning ތިމާގެ ވާހަކަ އެހެން މީހުން ދައްކާ ކަމަށް އިޝާރާތްކުރަން ބުނާ ސަމާސާ ޢިބާރާތެއް. 8. އަލިފާނުގެ ސަބަބުން މުށިކުލައަކަށް ބަދަލުވުން. 9. މަރާލުން ނުވަތަ ހުޅުޖަހައިގެން މަރާލުން. 10. (އެމެރިކާގައި) އިލެކްޓްރިކް ގޮނޑީގައި މަރާލުން ނުވަތަ މަރުވުން. —ނ. 1. ބާރން ވުމުގެ ސަބަބުން އުފެދޭ ފާރު ނުވަތަ ނިޝާން. 2. ސްޕޭސް ރޮކެޓެއްގެ އިންޖީނު ހިންގާލުން. burn one’s boats or bridges ފަހަތަށް ޖެހި ސަލާމަތް ވުމުގެ ފުރުޞަތު ނޯންނާނޭ ގޮތް ޤަޞްދުގައި ހެދުން. burn the midnight oil ދަންވަރު ވަންދެން ކިޔެވުން. have money to burn ފައިސާ ގިނަވުމުގެ ސަބަބުން އަޅައިލާން ކޮންމެހެން ނުޖެހޭ މިންވަރަށް ހުރުން.

burn

ބާރން. ނ. ސްކޮޓްލަންޑްގައި ކުދި ކޯރަށް/އާރަށް ކިޔާނަމެއް.

burner

ބާރނަރ. ނ. ބައްތިއެއްގައި ނުވަތަ އުނދުނެއްގައި ހުޅުކޮޅު ވަކި ބައްޓަމަކަށް ގެންނަން ހުންނަ ބައި.

burnet

ބާރނިޓް. ނ. މުށިކުލައިގެ މައު އަޅާ ގަހެއް.

Burnham scale

ބާރނަމް ސްކޭލް. ނ. ކުރިން އިނގިރޭސިވިލާތުގައި، މުދައްރިސުންނަށް މުސާރަ ހަމަޖެއްސުމަށް ގެންގުޅުނު އޮނިގަނޑެއް.

burning

ބާރނިން. ނއ. burn ގެ ފުރަތަމަ މާނަ ބަލާ! ހުޅުހިފައިފާ ވާ. 1. ބާރުގަދަ. މ. burning desire to travel ދަތުރުކުރުމަށް ވަރަށް ބޮޑަށް އެދޭ އެދުމެއް. 2. ބޮޑަށް ހޫނުކޮށް މަޝްވަރާ ކުރެވޭ. މުހިއްމު. މ. ބާރނިން ސުވާލަކީ ކާކުހޭ ފުރަތަމަ ދާނީ؟ burning bush ފިނި މޫސުން ކައިރިވުމުން މޭވާއާއި ފަތްތައް ރަތްކޮށް ހުންނަ ތިރިގަހެއް.

burnish

ބާރނިޝް. ކ. އުނގުޅައިގެން އޮފު އަރާގޮތް ހެދުން.

burnous

ބާރނޫސް. ނ. އަރަބީން ބޭނުންކުރާ ޖުއްބާއެއް. މި ޖުއްބާގައި ބޯ ނިވާކުރެވޭ ފޮތިގަނޑެއް ހުރެއެވެ.

burnt

ބާރންޓް. ނއ. (ބާރން ގެ ފުރަތަމަ މާނަ ބަލާ). ކުލަކަން ގަދަ. ވަންނި ނުވަތަ ޝޭޑް ގަދަ. މ. burnt sienna ސިއެނާ ކުލައިގެ ކަޅުކަން ގަދަ ކުލަ. (ސިއެނާ އަކީ ރަތް ވެއްޔެކެވެ. މި ވެލި ހުންނަ ކުލައަށް ވެސް ސިއެނާ ކިޔައެވެ.) ކަޅު ރަތްކުލަ.

burp

ބާރޕް. ނ. ނުރަސްމީ ބަހުރުވައިން، އަނގައިން ވައިލުން. މިފަދަ އަޑެއް. —ކ. މި އަޑު ލެއްވުން. ތުއްތުކުދިންގެ ބަނޑުން ވައި ނެރެ އަނގައިން ބޭރުކުރުން.

burr

ބާރ. ނ. 1. އިނގިރޭސި އާރ އަކުރުގެ އަޑު ބަރުކޮށް ހުންނަ ގޮތަށް ވާހަކަ ދެއްކުން. 2. މިފަދަ އަޑު. 3. ކުޑަ ބުރުމާއެއް. 4. ކުދި ބުޅިތަކެއްގެ ސަބަބުން އޮށްތައް ލިބާހުގައި ހިފާ ބާވަތުގެ އޮށްއަޅާ ގަހެއް. ބަލާ bur. ކީހުމުން ލަކުޑީގައި ނުކުމެފައި ހުންނަ ކީލި. —ކ. ކުރިން ބަޔާން ކުރެވުނު ފަދަ އަޑެއް ނެރުން.

burrow

ބަރޯ. ނ. މުސަޅު ނުވަތަ ހިޔަޅު ދިރިއުޅެން ބިމުގައި ކޮންނަ ހޮރު. —ކ. 1. ހޮރު ކޮނުން. 2. ބޮޑަށް ހޯދުން. 3. ހޮރު ހުންނަ ގޮތަށް ކޮނުން.

bursar

ބާރސަރ. ނ. 1. ސްކޫލެއްގެ ނުވަތަ ކޮލެޖެއްގެ ފައިސާ އާ ބެހޭ ކަންކަން ބަލަހައްޓާ ވެރިޔާ. 2. ބާރސަރި އެއް ލިބޭ ދަރިވަރެއް.

bursary

ބާރސަރި. ނ. ދަރިވަރަށް އެހީއެއްގެ ގޮތުގައި ދޭ ފައިސާ.

burst

ބާރސްޓް. ކ. (burst, bursting) 1. ގަދަކަމުން ހުޅުވުން ނުވަތަ ހުޅުވައިލުން. އެތެރޭގެ ޕްރެޝަރު ނުވަތަ ފިއްތުން ބޮޑުވެގެން ކުއްލިއަކަށް ބާރަށް ފަޅައިގެން ދިއުން. buds are bursting ނުފޮޅޭ މައުތައް ފޮޅުން. don’t burst yourself މާ ގަދަޔަށް މަސައްކަތްކޮށްގެން ހަށިގަނޑަށް ގެއްލުމެއް ލިބިދާނެތީ ބުނާ ޢިބާރާތެއް. 2. ކުއްލިއަކަށް ފެނުން، ކަޝްފުވުން. ބާރާއެކު ނުކުތުން. މ. burst into flame ހުޅުފަޅައިގެން ނުކުތުން. 3. ޝުޢޫރުތައް ހިފެހެއްޓުމެއް ނެތި ނުކުތުން. މ. burst into tears, burst into laughing, burst into song. —ނ. burst. 1. ފަޅައިގެންދާ ދިއުން. އިރިގެންދާ ދިއުން. އިންޝިޤާޤް. 2. ގޮވުން. ފުލުފުލުގައި ބަޑިޖެހުން. މ. a burst of gunfire. a burst of applause. 3. ކުރު ގަދަ ހިތްވަރެއް. ކުއްލިއަކަށް ލާ ހިތްވަރު.

bursting

ބާރސްޓިން. ނއ. ހަލާކުވާ ހިސާބަށް ފުރިފައި. މ. sacks bursting with grain ގޮވާމުން ފަޅައިގެން ގޮސްފާނެ މިންވަރަށް ގޯނި ފުރިފައި. bursting with energy ހަކަތައިން (ހިތްވަރުން) ފުރިފައި (މ. މީހަކު).

burton

ބާރޓްން. ނ. go for a burton ގެއްލިގެން އިސްރާފުވެގެން ދިއުން. މ. ރޭގަނޑެއް؛ މަރައިލުން، ނައްތައިލުން.

Burundi

ބުރުންޑި. ނ. އިރުމަތީ އެފްރިކާގެ ޤައުމެއް.

bury

ބެރީ. ކ. (buried, burying) 1. ޤަބުރެއް ބިމުގެ އަޑިއަށް ނުވަތަ ކަނޑުގެ އަޑިއަށް ނުވަތަ ތައްޔާރުކޮށްފައިވާ މަހާނައަކަށް ތިރިކުރުން. ވަޅުލުން. 2. ވަޅުލުން. ބިމުގެ އަޑީގައި ފޮރުވުން. ފަސްއަޅައި ފޮރުވުން. މ. buried himself in the country މީހުން މަދު ހިސާބެއްގައި ދިރިއުޅޭން ފެށުން. buried himself in books ފޮތް ކިޔުމުގައި ވަގުތު ހޭދަކުރުން. bury the hatchet ދެކޮޅުވެރިކަމާއި އަރައިރުން ކުޑަކޮށް ޞުލްޙަވެރިވުން.

bus

ބަސް. ނ. 1. ގިނަ މީހުންނަށް އެރޭ އެއްގަމު އުޅަނދެއް. 2. ބަސްބާރ އެއް. ބަލާ busbar. 3. ގިނަ ޑޭޓާ ސިގްނަލްތައް ދަތުރުކުރާ ގުޅުންތަކެއް (މ. ނަރުތަކެއް). —ކ. 1 ބަހުން ދަތުރުކުރުން. (bused, busing) 2. ބަހުގައި އެއްތަނުން އަނެއް ތަނަށް ގެންދިއުން. މ. ކުޑަކުދިން މަދަރުސާއަށް ބަސް ކުރުން. bus lane ހަމައެކަނި ބަހަށް ދަތުރުކުރެވޭ ގޮތަށް މަގުގައި ފާހަގަކޮށްފައިވާ ލޭނެއް ނުވަތަ ބައެއް. bus station ބަހުގައި ދަތުރުކުރާ މީހުންނަށް ފާޚާނާ ފަދަ ކަންކަން ކުރެވޭ ގޮތަށް ހަދައިފައި ހުންނަ ތަނެއް. bus-stop ބަހަށް މީހުން އަރާ ފޭބުމަށް ފާހަގަކޮށްފައި ހުންނަ ތަނެއް. ބަސް ހުއްޓި.

busbar

ބަސްބާރ. ނ. ކަރަންޓު އެކި ދިމަދިމާއަށް ގެންދިއުމުގައި ބައެއް ނަރުތައް އެއްކޮށް ގުޅަން ހަދައިފައި ހުންނަ ރަތުލޯ ނުވަތަ ރަންވަންލޯ ދަނޑިކޮޅެއް.

busby

ބަޒްބި. ނ. ޔޫރަޕުގެ ބައެއް އަސްވާރުން ބޮލުގައި އަޅާ ކެހެރި، އުސް ތާކިހަލެއް.

bush

ބުޝް. ނ. 1. ދިގު ގަސްކަނދު ނުހުންނަ، ބުޑުން އެތައް ގޮތްޕެއް ފަޅާ ގަސް. 2. ބޮޑިއަކަށް ފަޅާފައި ހުންނަ ތަކެތި. މ. އިސްތަށި. 3. ގޮވާން ނުކުރާ އެފްރިކާ ނުވަތަ އޮސްޓްރޭލިއާގެ ބިން. bush telegraph ނުރަސްމީ ގޮތުން ޚަބަރުފަތުރާ ގޮތެއް.

bushel

ބުޝަލް. ނ. މޭވާއާއި ގޮވާން މިނާ ޖިންސެއް. މިއީ ގާތްގަޑަކަށް 36 ލީޓަރުގެ (8 ގެލަނުގެ) ފެން އެޅޭ މިންވަރެވެ. hide one’s light under a bushel މީހެއްގެ ޤާބިލިއްޔަތު ނުވަތަ ހުނަރު ހާމަ ނުކުރުން.

bushy

ބުޝީ. ނއ. (bushier, bushiest) 1. ”ބުޝް“ ފަދަ ގަހުން އިން (ތިރިކޮށް ހެދޭ ގަހުން) ފުރިފައި. މ. ސަރަހައްދެއް. 2. އޮލަކޮށް ގާތްގާތުގައި ހެދޭ. ނ. bushiness.

business

ބިޒްނަސް. ނ. 1. މަސައްކަތެއް ނުވަތަ މަސްއޫލިއްޔަތެއް. އެކަމަކާ މީހަކު އުޅޭ ކަމެއް. 2. މީހަކު ކުރާ މަސައްކަތެއް، އަދާކުރާ ވަޒީފާއެއް ނުވަތަ ނޯކިރީއެއް. 3. ކުރަންޖެހިފައިވާ ކަމެއް. އެޖެންޑާއެއް. 4. އުނދަގޫ މައްސަލައެއް. މ. what a business it is! 5. މަސައްކަތެއް، މައުޟޫޢުއެއް ނުވަތަ އެއްޗެއް. 6. ގަނެ ވިއްކުން. ވިޔަފާރި، ވުނަދާން. 7. ވިޔަފާރި ކުންފުންޏެއް، ފިހާރައެއް. މ. އެމީހުންނަކީ ގޮވާން ބިޒްނަސް ކުރާ ބައެއް. business end ބޭނުންކުރާ އާލަތެއްގެ މަސައްކަތްކުރާ ކޮޅު، މުއްގަނޑެއް ނޫން. މ. ވަޅިއެއް ނަމަ ތިލަ، ވަޑާންކައްޓެއް ނަމަ، ކަށީގެ މިޔަކޮޅު. business-like ނއ. ކުރެވޭ. ޢަމަލީ، ނިޒާމީ. business man ވިޔަފާރިއެއް ކުރާ މީހެއް.to have no business ކަމެއް ކުރުމަށް ޙައްޤެއް ލިބިގެން ނުވުން.

busker

ބަސްކަރ. ނ. ފައިސާ ހޯދުމުގެ ބޭނުމުގައި މަގުމަތީގައި މިޔުޒިކް ކުޅެ ނުވަތަ ޖާދޫ ހަދާ، މުނިފޫހިފިލުވުމުގެ މަސައްކަތް ކުރާ މީހެއް.

busman

ބަސްމަން. ނ. ބަހުގެ ޑްރައިވަރު. busman’s holiday މީހަކު ޢާއްމުކޮށް ކުރާ މަސައްކަތް ފަދަ ކަމެއްގައި (އަރާމުކުރުމުގެ ބަދަލުގައި) ހޭދަކުރާ ޗުއްޓީ.

bust

ބަސްޓް. ނ. 1. ހަމައެކަނި ބޮލާއި ކޮނޑާއި މޭމަތި ހިމެނޭ ގޮތަށް ހަދައިފައި ހުންނަ ބުދު. 2. މޭމަތި (އުރަމަތި). 3. އަންހެނެއްގެ އުރަމަތި މެދުން ހަށިގަނޑު ވަށައިގެން ހުންނަ ދިގުމިން.

bust

ބަސްޓް. ކ. (busted, bust, busting) ނުރަސްމީ ބަހުރުވައިން ފަޅައިގެން ދިއުން. ހަލާކުވުން، ފޭލިވުން. މ. the business went bust ވިޔަފާރި ބަގުރޫޓުވުން. ފުލުހުން ދޮރު ބަސްޓުކުރުން => ހަލާކުރުން. —ނ. ނުރަސްމީ ބަހުރުވައިން 1. ފޭލިވާ ފޭލިވުން. ފުލުހުން ފަދަ ބަޔަކު ކުށްވެރިން ހިފާ ހިފުން. 2. އިޤްތިޞާދު ދަށްވެފައިވާ ދުވަސްވަރެއް. މ. ތެލުގެ އަގުތައް ބޫމް އިން ބަސްޓް ވާން ނަގަނީ ދެއަހަރެވެ = އަގު މަތިވެފައި ވަރަށް ދަށްވުން. 3. ބަގުރޫޓުވާ ވުން. ނ. buster. bust-up ނުރަސްމީ ބަހުރުވައިން ޒުވާބެއް.

bustard

ބަސްޓަޑް. ނ. ބާރަށް ދުވާ ދޫންޏެއް. ހުބާރާ.

bustle

ބަސްލް. ކ. 1. އަވަސްކުރާ ގޮތް ދެއްކުން. 2. އަވަސް ކުރުވުން. —ނ. އަވަދިނެތި އުޅޭ ހަރަކާތެއް.

busy

ބިޒީ. ނއ. (busier, busiest) 1. މަސައްކަތެއްގެ ތެރޭގައި ޤަރާރުވެފައިވާ. ބޭނުންކުރަމުންދާ، ގިނަ ކަންތައްތަކެއް ކުރަންޖެހިފައިވާ. މަޝްޣޫލު، މަޞްރޫފު، ނާއަވަދި. get busy ކަންތައްތަކެއް ކުރަން ފެށުން. 2. ޙަރަކާތްތަކުން ފުރިފައިވާ. busy day, busy telephone line ކަމެއް ކުރުމުގައި އަވަދިނެތިވާ ދުވަހެއް، ފޯނު ލައިން އިން އެހެން މީހަކު ގުޅައިފައިވާތީ، މިހާރު ނުގުޅޭ. 3. (ފޮޓޯއެއް ނުވަތަ ފަރުމާއަކާ މެދު) ތަފްޞީލުތައް މާ ގިނަވެފައިވާ. —ކ. (busied, busying) އަވަދިނެތި އުޅުން. busy oneself ތިމާ ކަންތައްތަކުގައި ޤަރާރުވެގެން ވުން. ކއ. busily، ނ. busyness.

busybody

ބިޒީބޮޑި. ނ. ތިމާއާ ނުބެހޭ ކަންކަމާ ބެހޭ މީހާ.

but

ބަޓް. ކއ. ހަމައެކަނި. އަށް ވުރެ ގިނަ/ބޮޑު ނުވާ ގޮތަކަށް. ކނ. ޕރޕ. –1. އެކަމަކު. އަނެއްކޮޅުން ބަލާއިރު. 2. ފިޔަވައި، އެކަމަކު، ލޭކިން. (ޢަރަބި ބަހުން ލަކިނަ). there is no one here but me. އަހުރެން ފިޔަވައި، މިތަނަކު އެއްވެސް މީހެއް ނުވެއެވެ. I would have drowned but for you ކަލޭގެ އެހީތެރިކަން ނެތް ނަމަ، އަހުރެން ގެނބުނީހެވެ. —ނ. އިޢުތިރާޟެއް، އިންކާރެއް. no ifs and buts ބަހަނާގެ ގޮތުގައި ވަކި ކަމަކާ ނުގުޅުވައި.

butane

ބިއުޓޭން. ނ. ދިޔައެއްގެ ގޮތުގައި ރޯކުރަން ތެލުން ނަގާ ގޭހެއް. ލައިޓަރު ގޭސް.

butch

ބަޗް. ނ. 1. ގަދަ ޒުވާނެއް. 2. ފިރިހެނެއްގެ ގޮތަށް ހެދުން އަޅާ ނުވަތަ އުޅޭ އަންހެނެއް. ފިރިހެންވަންތަ އަންހެނެއް.

butcher

ބުޗަރ. ނ. 1. ވަޒީފާގެ ގޮތުގައި، ޖަނަވާރު މަރައި އޭގެ މަސްކުދިކޮށް ވިއްކާ މީހެއް. ޖަޒާރު. ކާސާއީ. 2. އަނިޔާވެރިކޮށް ނުވަތަ ބޭނުމެއް ނެތް ގޮތުގައި މީހުން މަރާ މީހެއް. —ކ. އަނިޔާވެރިކޮށް ނުވަތަ ބޭނުމެއް ނެތި މެރުން.

butchery

ބުޗަރީ. ނ. 1. ބުޗަރ އެއްގެ ވަޒީފާ ނުވަތަ މަސައްކަތް. 2. އަނިޔާވެރި ނުވަތަ ބޭކާރު މެރުން.

butler

ބަޓްލަރ. ނ. ގެއެއްގެ މައި ޚާދިމް. ބޭރު ޤައުމުތަކުގައި ޚާދިމުންގެ ތެރެއިން ރަލުގެ ބާވަތްތައް ބަލަހައްޓާ ޚާދިމު.

butt

ބަޓް. ނ. ބޮޑު ތާނގީއެއް ނުވަތަ އެބާވަތުގެ ލަކުޑިން ހަދާފައިވާ ފީފާއެއް.

butt

ބަޓް. ނ. 1. ކަމެއް ކުރަން ބޭނުންކުރާ އާލަތެއް ނުވަތަ ހަތިޔާރެއްގެ މުއްގަނޑުކޮޅު. 2. ކުރު ބުރިވަރެއް.

butt

ބަޓް. ނ. 1. ބަޑިޖަހަން ފަރިތަކުރާ ތަނެއްގެ އަމާޒުގެ ފަހަތުގައިވާ އުސް ފަސްގަނޑު. 2. ޖެއްސުންކުރުމުގެ ނުވަތަ މަލާމާތް ކުރުމުގެ އަމާޒަކަށް ވެފައިވާ މީހާ. —butt ކ. 1. ބަކަރިފަދައިން ބޮލުން ޖެހުން ނުވަތަ ކޮއްޕުން. 2. ފިލާތަކެއް ފަދަ އެއްޗެއްގެ ދެ ހަނި އަރި ޖެހޭގޮތަށް ބެހެއްޓުން ނުވަތަ ގާތްކުރުން. butt in ވާހަކަދެއްކުމެއް މެދުކަނޑާލާފައި ބަހެއް ބުނުން. ނުބެހޭ ކަމަކާ ބެހުން. butts ނ. ބަޑިޖަހަން ދަސްކުރާ ތަނެއް.

butter

ބަޓަރ. ނ. 1. ގެރިކިރުގެ ކްރީމް ހަލައިގެން ތައްޔާރުކުރާ ސަރުބީ ގިނަ ކާއެއްޗެއް. މިއަށް ބޭނުންވާ ކްރީމް އުފައްދަނީ ތާޒާ ގެރި ކިރު ހެލުމުން މައްޗަށް އަރާ ލުއި ސަރުބީ ހުންނަ ބައި ނަގައިގެންނެވެ. މަކަން. 2. އެހެން ތަކެތިން އުފައްދާ މިބާވަތަށް ހުންނަ އެއްޗެއް. މ. ޕީނަޓް ބަޓަރ. —ކ. އެއްޗެއްގައި ބަޓަރ ހޭކުން. butter-cream ކޭކު މަތީގައި އުނގުޅުމަށް ނުވަތަ އެތެރެއަށް އެޅުމަށް އެކި ރަހަ އާއި ކުލަ ހުންނަ ތަކެތި އެއްކުރި ކްރީމް. butter-fingers ނ. ތަކެތި އަތުން ދޫވެގެން ބިމަށް އެމީހުންގެ ފަރާތުން ވެއްޓޭ މީހާ. butter muslin ތުނި ގޮޅިބޮޑެތި ފޭރާމެއް. butter up (ނުރަސްމީ ބަހުރުވައިން) މީހަކަށް ހުޝާމިދުކޮށް އެމީހާގެ ކައިރީގައި ވާހަކަ ދެއްކުން.

butter-bean

ބަޓަރ ބީން. ނ. ހިއްކާފައި ހުންނަ ތޮޅިއެއްގެ އޮށް.

buttercup

ބަޓަރކަޕް. ނ. ރީނދޫ ކުލައިގެ ޖޯޑެއްގެ ސިފަ ހުންނަ (ގޮނިކޮށް ހުންނަ) މަލެއް އަޅައި ގަހެއް.

butterfly

ބަޓަރފްލައި. ނ. 1. ހަތަރު ފިޔަ ހުންނަ، އޭގެ ނަރުވާގެ ކޮޅުގައި ގޮބެއް ހުންނަ ހަޝާރާއެއް. ކޮކާ. 2. ދެ އަތް އެއްފަހަރާ ފެނުން މައްޗަށް ނަގާ ފަތާގޮތެއް. have butterflies in the stomach ކަންބޮޑުވެގެން ތުރުތުރު އެޅުން.

buttermilk

ބަޓަރމިލްކް. ނ. ކިރުން ބަޓަރު ހަލައިގެން ވަކިކުރުމުން ބާކީ ހުންނަ ބައި.

butterscotch

ބަޓަރސްކޮޗް. ނ. ބާވަތެއްގެ ހަރު މެޓައެއް. މި އުފައްދަނީ މުށިހަކުރާއި ބަޓަރ ކައްކައިގެންނެވެ.

buttock

ބަޓޮކް. ނ. ހައިވާނުގެ ނުވަތަ އިންސާނާގެ ފިނދު މަސްގަނޑުން އެއް ކިބަ. މާކަޅުވާމަހާ އުނަގަނޑާ ދެމެދު އުސްކޮށް ބޯކޮށް ފުރަގަހަށް އޮންނަ މަސްގަނޑުން އެއް އަރި.

button

ބަޓްން. ނ. 1. ދެ ފޮތިކޮޅު ބަނުމަށް ނުވަތަ ޒީނަތަކަށް ހެދުމުގައި ހަރުކުރާ ފަތާކޮށް ނުވަތަ ވަށް ގުޅައަކަށް އެކި އެއްޗެތިން ހަދާފައި ހުންނަ ގޮށް. 2. މިސިފައަށް ހަދާފައި ހުންނަ އެހެން އެއްޗެތި. މ. އިލެކްޓްރިކް ރަނގަބީލެއް ޖެހުމަށް އޮބާލާ ގޮށް. —ކ. (buttoned, buttoning) ގޮށް ބޭނުންކޮށްގެން ހިފެހެއްޓުން. button chrysanthemum ކުދި ގޮބުގޮތަށް ހުންނަ މައުތަކެއް އަޅާ ބަނަފުސާގެ ވައްތަރެއް. button mushroom އަދި މުޅިން ނުހުޅުވޭ ހަންޑިކުޑަ. ވަށް ގޮމަހައްޓަ. button-through ނއ. މުޅި ދިގަށް ގޮށް ހަރުކޮށްފައިވާ.

buttonhole

ބަޓްންހޯލް. ނ. 1. ގޮށް ވެއްދުމަށް ފޭރާމުގައި ކަނޑާފައިވާ ކެނޑުމެއް. ގޮށްވަޅު. 2. ކޯޓުގައި، މަލެއް ޖެހުމަށް ހަދައިފައި ހުންނާ ގޮށްވަޅު. މި ތަނަށް ޖަހައިފައި ހުންނަ މައު. —ނ. ހުއްޓާނުލައި ވާހަކަ ދައްކައިގެން މީހަކު ހިފެހެއްޓުން.

buttress

ބަޓްރަސް. ނ. 1. ފާރެއް ހިފެހެއްޓުމަށް ޖަހާ ކައްތިރި. ފާރެއްގެ މަތީގައި އެއަށް ވުރެ އުސްފާރެއް ރޭނުމަށް ވެސް މި ބޭނުންކުރެއެވެ. 2. އެހެން އެއްޗަކަށް ބާރުދީ ހިފަހައްޓާ އެއްޗެއް. —ކ. ވެއްޓުނަ ނުދީ ހިފެހެއްޓުން.

butty

ބަޓީ. ނ. ޕާންފޮއްޗަކާއި ބަޓަރު. ސޭންޑްވިޗް އެއް.

buxom

ބަކްސަމް. ނއ. އުރަމަތި އަދި ރޫފަ ހެޔޮވެފައި (ފަލަވެފައި) ޞިއްޙަތު ރަނގަޅުކަމަށް ފެންނަ.

buy

ބައި. ކ. (bought, buying) 1. ފައިސާގެ ބަދަލުގައި ނުވަތަ ޤުރްބާނީއެއްގެ ބަދަލުގައި ލިބިގަތުން. ގަތުން. 2. ރިޝްވަތު ދީގެން ލިބިގަތުން. 3. ނުރަސްމީ ބަހުރުވައިން، ޤަބޫލުކުރުން، ބަލައިގަތުން. މ. nobody will buy that excuse އެއްވެސް މީހަކު އެ ބަހަނާއެއް ޤަބޫލެއް ނުކުރާނެއެވެ. 4. ނުރަސްމީ ބަހުރުވައިން، އަދަބެއް ލިބިގަތުން. —ނ. ގަތް އެއްޗެއް. މ. a good buy ހެޔޮ އަގެއްގައި ގަތް ރަނގަޅު އެއްޗެއް. buy it ނުރަސްމީ ބަހުރުވައިން މަރައިލުން ނުވަތަ ހަލާކުކޮށްލުން. buy off ފައިސާ ދީގެން އެއްޗަކުން ނުވަތަ ކަމަކުން ރައްކާވެގަތުން. buy out އަނެކާއަށް ފައިސާ ދީގެން އޭނާގެ ބައި ނުވަތަ ޙިއްޞާ ގަނެ މުޅި އެތި އަމިއްލަކުރުން. buy up ހުރިހާ އެއްޗެއް ނުވަތަ ގަނެވޭހާ ގިނައިން ގަތުން.

buyer

ބަޔަރ. ނ. 1. އެއްޗެއް ގަންނަ މީހާ. 2. ބޮޑު ފިހާރައަކަށް ތަކެތި/މުދާ ނަގާ އެޖެންޓު. buyers’ market މާރުކޭޓެއްގައި ތަކެތި ގިނަވެފައި އަގު ހެޔޮވެފައިވާ ޙާލަތެއް.

buzz

ބަޒް. ނ. 1. ތުރުތުރު އަޅާ ބުން އަޑެއް. 2. ފެތުރެމުންދާ ޔަޤީންކަން ނެތް ވާހަކައެއް. 3. ނުރަސްމީ ބަހުރުވައިން ފޯނުކޯލެއް. މ. give me a buzz. —ކ. 1. އެފަދަ އަޑެއް ލެއްވުން. 2. ބަޒް އަޑެއް ފެތުރުވުން. 3. ކަންތައްތަކުގައި ހަލުވިކޮށް އަވަދިނެތި އުޅުން. 4. މަތިންދާބޯޓަކަށް ޖެއްސުން ކުރުމަށް އެއާ ގާތުގައި އެހެން މަތިންދާ ބޯޓެއް ދުއްވުން. buzz off (ނުރަސްމީ ބަހުރުވައިން) ދާށޭ ފެއްސޭށޭ ބުނުން.

buzzard

ބަޒަރޑް. ނ. ބާވަތެއްގެ ބާޒެއް. ނުރުހެވޭ މީހެއް.

buzzer

ބަޒަރ. ނ. ޒީން އަޑު ނެރެވޭ އިލެކްޓްރިކް އިން ހިނގާ އެއްޗެއް.

by

ބައި. ނއ. ޕރޕ. 1. ގާތުގައި، އެއްކައިރީގައި. ބޭނުންކުރަން ޖެހިދާނެކަމަށް އެއްފަރާތްކޮށްފައި. north by east އުތުރާއި އިރާއި ދެމެދު. އިރު އުތުރު. 2. އެއް ފަރާތުން، މެދުވެރިކޮށް، ފަހަނައަޅައި. 3. ޒަމާނެއް ނުވަތަ ކަމެއް ހިނގަމުންދާއިރު. މ. came by night އައީ ރޭގަނޑު ދައުރުވަމުން ދަނިކޮށް. ރޭގަނޑުގައި. 4. އެއްޗެއްގެ ފަރާތުން. އެއްޗެއްގެ ސަބަބުން. 5. އެއްޗަކާ އެކު (މ. މެންބަރުން/ވަޒަންކުރެވުނު ޢަދަދުތަކެއް) multiply six by four ހައެއް ހަތަރަކާ ގުނަކުރުން. room is 10 feet by 12 ކޮޓަރީގެ (ބޮޑުމިނަކީ) 10 ފޫޓު ގުނަ 12 (ފޫޓު) އެވެ. 6. ވަކި ވަގުތަކަށް ވުރެ ކުރިން. 7. ވަކި ހަމަޔަކުން. މ. sold by dozen ވިއްކަނީ ޑަޒަނުން (ވަކިވަކިންނެއް ނޫން). 8. ފަހު. ފަހަރަކަށް ފަހު. މ. bit by bit. 9. ވަކި މިންވަރަކުން. missed by inches ދިމާނުކުރެވުނީ އިންޗިހާ ކުޑަ މިންވަރަކުން. 10. ނިސްބަތުން. މ. a tailor, Ali by name. ނަމަކަށް ޢަލީ ކިޔާ ދަރުޒީއެއް. 11. ޤަބޫލުކުރުމާއި އިޙްތިރާމްކުރުމާ އެކު. ނިސްބަތްކޮށް. މ. swear by God ކަލާނގެ ނަން ގަނެ ހުވާކުރުން. by and by މާ ގިނަ އިރުތަކެއް/ދުވަސްތަކެއް ފާއިތުނުވަނީސް. by and large ހުރިހާ ކަމަކަށް ވިސްނުން ހިންގާއިރު. by oneself އެކަނި. އެހެން މީހެއްގެ އެހީތެރިކަމާ ނުލައި.

bye

ބައި. ނ. 1. ކްރިކެޓްގައި ވިކެޓް ކައިރިން ފަހަތަށް ބޯޅަ ދިއުމުން ބެޓްކުރާ މީހާ ދުވާ ދުވުން. 2. ގޮލްފް މެޗެއް ނިމޭއިރު ނުކުޅެ ހުންނަ ހޯލް. 3. މުބާރާތެއްގައި އިދިކޮޅު ފަރާތެއް ނެތުމުގެ ސަބަބުން މަތީ ރައުންޑަކަށް ކުރިއަށް ކުޅުންތެރިޔާއަށް ދެވޭ ޙާލަތް.

bye-bye

ބައި-ބައި. ނ. ނުރަސްމީ ބަހުރުވައި goodbye.

by-election

ބައި-އިލެކްޝަން. ނ. އިސްތިއުފާ ދިނުމުގެ ސަބަބުން ނުވަތަ މަރުވުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލިހުގެ މެންބަރެއްގެ ގޮނޑި ހުސްވުމުން ބާއްވާ އިންތިޚާބު.

by-line

ބައިލައިން. ނ. ނޫހެއްގައިވާ ޚަބަރެއްގެ ސުރުޚީ އާއި މައިގަނޑާ ދެމެދު ރިޕޯޓަރުގެ ނަންލިޔާ ފޮޅުވަތް.

bye-line

ބައިލައިން. ނ. ފުޓުބޯޅަ ދަނޑެއްގެ ގޯލު ރޮނގު.

bygone

ބައިގޯން. ނއ. މާޒީއަށް ނިސްބަތްވާ. bygones މާޒީއަށް ނިސްބަތްވާ ތަކެތި. let bygones be bygones ކުރިން ކުރެވިފައިވާ ކުށްތައް މަޢާފުކޮށް ހަނދާން ނައްތައިލުން.

by-law

ބައިލޯ. ނ. ކުންފުންޏަކުން ނުވަތަ ކައުންސިލަކުން މުއައްސަސާއަކުން ފަދަ ތަނަކުން ހަދާ ގަވާއިދުތަކާއި އުސޫލުތަކާއި ޤާނޫނުތައް.

bypass

ބައިޕާސް. ނ. 1. ތޮއްޖެހިފައިވާ ސަރަހައްދެއް ފަހަނައަޅައި ދެވޭގޮތަށް އޮންނަ މަގު. 2. މައި މަގު ނުވަތަ ކާނު ނުވަތަ ހޮޅި ބެދުމުން އެއްޗަކަށް ދަތުރުކުރެވޭނޭ ގޮތަށް އޮންނަ އެހެން ދެވަނަ މަގެއް. —bypass ކ. 1. ބައިޕާސް އެއް ބޭނުންކޮށްގެން ކަމަކުން ރެކުން. 2. އަވަހަށް ހަރަކާތްތެރިވުމަށް، ގަވާއިދު، ޤާނޫނު، ކަންކުރާގޮތްތައް ފަދަ ކަންކަމަށް އަޅައިނުލުން.

by-play

ބައިޕްލޭ. ނ. ތަމުސީލެއްގައި، މައިގަނޑު އެކްޓަރުން ފިޔަވައި އެހެން އެކްޓަރުން (ގިނަ ފަހަރު ވާހަކަ ދެއްކުމެއް ނެތި) ކުރާ ޙަރަކާތްތައް.

by-product

ބައިޕްރޮޑަކްޓް. ނ. އެހެން އެއްޗެއް އުފައްދާއިރު، އެކަމުގެ ތެރެއިން އުފައްދާ އެހެން އެއްޗެއް. މިސާލަކަށް ހުނިން ތެޔޮ އުފައްދާއިރު، އުފައްދާ ތެޔޮހުނި.

byre

ބަޔަރ. ނ. ގެރި ގެންގުޅޭ ޖިފުޓިއެއް/ހިޔާވައްސެއް.

by-road

ބައިރޯޑް. ނ. މައިމަގަށް ވުރެ ހަނި ކުޑަ މަގެއް.

bystander

ބައިސްޓޭންޑަރ. ނ. ކަމެއް ހިނގާއިރު، އެކަމެއް ހިނގި ތަނެއްގެ ކައިރީގައި ހުރި، އެކަމުގައި ބައިވެރިނުވާ މީހާ. ދުށްމީހާ، ނަރަބަންނަ. ތަމާޝާއީ.

byte

ބައިޓް. ނ. ކޮމްޕިއުޓަރ ޢިލްމުގައި 8 ބިޓް. ބިޓް އަކީ 1 ނުވަތަ 0 ރަމްޒުކޮށްދޭ ސިގްނަލެއް ފަދަ އެއްޗެކެވެ. ބައިޓް އިން ކުރިން ރަމްޒުކުރަނީ އަލިފުބާ ފަދަ އަކުރެކެވެ.

byway

ބައިވޭ. ނ. ގިނައިން ދަތުރު ނުކުރާ، މައި މަގަކާ ކައިރީގައިވާ ހަނިމަގެއް. ބަލާby-road !

byword

ބައިވާރޑް. ނ. 1. ފުރިހަމަ މިސާލެއްގެ ގޮތުގައި ބެލެވޭ މީހެއް ނުވަތަ އެއްޗެއް/ކަމެއް. މ. އެ ކުންފުނި ވީ ގެއްލުންވާ ވިޔަފާރިއެއްގެ ބައިވާރޑް އަކަށެވެ. 2. ޢާއްމުކޮށް ބުނެ އުޅޭ ޢިބާރާތެއް. ނ. މަންމަގެ ބައިވާރޑް އަކީ ރާހުތް ފުޅިއެއްގެ ކައިރިއަށް އަންނަ މެއްސަށް ވުރެ ގިނަ މެހި އެންމެ ހަކުރު ފުކެއްގެ ކައިރިއަށް އާދެއެވެ.

Byzantine

ބިޒަންޓައިން. ބިޒަންޓީން. ނއ. 1. ރޫމީ ވެރިކަމުގެ ސަރަޙައްދުގެ އުތުރަށް ނުވަތަ ބިޒަންޓިއަމް އަށް ނިސްބަތްވާ. ބިޒަންޠިޔަ. 2. މަކަރުވެރި. ހީލަތްތެރި. މުރައްކަބު. އޮޅުންފިލަން ނުވަތަ ދެނެގަންނަން އުނދަގޫ.