blab

ބްލެބް. (blabbed, blabbing). ކ. މީހުންނަށް ހާމަނުކުރަންޖެހޭ ސިއްރުތައް ހާމަކޮށް ފިކުރެއްނެތި ގިނައިން ވާހަކަ ދެއްކުން. ސިއްރެއް ހާމަކުރުމަށް ވާހަކަ ދެއްކުން.

black

ބްލެކް. ނއ. 1. ދެލި ފަދަ ވަރަށް އަނދިރި ކުލައެއްގައި. ކަޅު. 2. ހަންގަޑުގެ ކުލަ ކަޅު. 3. ބަބުރުންނަށް ނިސްބަތްވާ. 4. ކިލާވެފައިވާ. 5. އުއްމީދެއް ނެތް. ދެކޮޅުވެރި. ހިތާމަވެރި. މ. މުސްތަޤްބަލް ފެންނަނީ ބްލެކް ކޮށްނެވެ. = އުއްމީދެއް ނެތް ގޮތުގައެވެ. black day މުސީބާތްތަކެއް ކުރިމަތިވި ދުވަހެއް. 6. ނުލަފާ. އަނިޔާވެރި. 7. ޔުނިއަން އަކަށް ނިސްބަތްވާ މީހުން ހަޅުތާލުކުރަމުން ދާތީ، އަތްނުލާގޮތަށް ހަމަޖެހިފައިވާ. މ. the cargo is declared black ޔުނިއަން އަށް ނިސްބަތްވާ މަސައްކަތު މީހުން އަތްނުލާ ގޮތަށް އިޢުލާނުކޮށްފައިވާ މުދައު/ދާގީނާ. —black ނ. 1. ކަޅު ކުލަ. 2. ކަޅު ހެދުމެއް ނުވަތަ އެހެންވެސް އެއްޗެއް. 3. ސްނޫކަރ ފަދަ ކުޅިވަރުގައި ގެންގުޅޭ ކަޅު ބޯޅަ. 4. ރާޒުވާ ފަދަ ކުޅިވަރުތަކުގެ ކަޅު ކުޅިބައި. 5. އެކައުންޓު ލިޔާ ޞަފުޙާއެއްގެ އަރަނި (ފައިދާ ލިޔާ) ފަރާތް. in the black އަރަނި ބޮޑުވުން ނުވަތަ ފައިދާވުން. 6. ބަބުރެއް. —ކ. 1. ކަޅުކުރުން. 2. ކަޅުކުލައިން ޕޮލިޝްކުރުން (މ. ބޫޓު). 3. މުދައު ޑިކްލެރ ކުރުން. އަރަނި (ފައިދާ) ނެރުމަށް މަސައްކަތް ކުރުން. ކއ. blackly. ނ. blackness. black-beetle ކުރަފި. black box މަތިންދާބޯޓުގައި ދަތުރުކުރާ ގޮތާއި މަގު ރެކޯޑް ކުރެވޭ އިލެކްޓްރޮނިކް ފޮށްޓެއް. black coffee ކިރު ނާޅައި ކޮފީ. black comedy ވަރަށް ސީރިއަސް ކަމެއް ހެއްވާގޮތަކަށް ހުށަހަޅާ ހުށަހެޅުން. Black Country އިނގިރޭސި ވިލާތުގެ މެދުތެރޭގައިވާ ފެކްޓަރީތައް ގިނަ ހިސާބެއް. black economy ޤައުމެއްގެ ޤާނޫނުތަކުން ކުރަންޖެހޭ (މ. ޕެންޝަން ދިނުން ފަދަ) ކަންކަން ނުކޮށް މުވައްޒަފުން ގެންގުޅުން. black eye ޖެހުމުގެ ސަބަބުން ނުވަތަ ކޮންމެވެސް އަނިޔާއެއްގެ ސަބަބުން ނޫފައިގެންފައިވާ ލޯ. Black Friars ނަޞާރާ ދީނުގެ ރޯމަން ކެތޮލިކް މަޒުހަބުގެ ކަޅު ހެދުން ލައިގެން އުޅޭ ނާޑަކަށް ނިސްބަތްވާ ބައެއް. black list ނުރުހެވޭ ފަރާތްތަކުގެ ލިސްޓް. —ކ. blacklist މިފަދަ ލިސްޓެއް އެކުލަވައިލުން. black magic ޝައިޠާނުންގެ ނަން ހިމަނައިގެން ހަދާ އުޅޭ ޖާދޫ. Black Maria ޖަލުގެ ގައިދީން އެއްތަނުން އަނެއް ތަނަށް ގެންދަން ގެންގުޅޭ އުޅަނދު. black mark މީހެއްގެ ނަމާ ދިމާގައި، ލާ އުޅޭ ނުރުހުމުގެ ފާހަގައެއް. black market ޤާނޫނާ ޚިލާފަށް މުދަލާއި ފައިސާ ގަނެ ވިއްކުން. black marketeer ބްލެކް މާކިޓްގައި ވިޔަފާރިކުރާ މީހެއް. black out އެއްވެސް އައްޔެއް ނުނުކުންނަ ގޮތަށް ދޮރުފޮތި ދަމައި މިފަދަ އެހެން ކަންކަން ކުރުން. ވަގުތީ ގޮތުން ހޭ، ނުވަތަ ހަނދާން ނުވަތަ ފެނުން ގެއްލިފައިވާ މުއްދަތު. blackout އައްޔެއް ދެއްކުން މަނާ ވަގުތު. ހުރިހާ އައްޔެއް ނިއްވައިލުން (މ. ހަނގުރާމައިގެ ބޯޓު ފަހަރަށް ނުފެންނަ ގޮތަށް). މަޢުލޫމާތު ހާމަކުރުން މަނާކުރުން. ފެނުން، ހޭ ނުވަތަ ހަނދާން ވަގުތީ ގޮތުން ގެއްލުން. Black Power ބަބުރުންގެ އިންސާނީ ޙައްޤުތައް ހޯދުމަށް ބަސްނާހައި ހިންގާ ޙަރަކާތެއް. black pudding ސޯސިޖްގެ ވައްތަރެއް. މީގައި ހުންނަނީ ލެއާއި ހަރު ސަރުބީ ފަދަ ތަކެތި. Black Rod ކަޅު އަސައެއް ހިފައިގެން ވެރިއަކަށް މަގު ދައްކަން ހުންނަ މީހެއް. black sheep ރަނގަޅު މީހުންގެ ޖަމާޢަތެއްގައި ހިމެނޭ ރަނގަޅު ނޫން މީހެއް. black spot ޙާލަތްތައް ގޯސް ނުވަތަ ނުރައްކާ ތަނެއް. ނުބައި ރެކޯޑުތައް އޮތް ތަނެއް. black tie ފިރިހެނުން ރޭގަނޑުގެ ބައެއް ކެއުންތަކުގައި ބައިވެރިވާއިރު ކަރުގައި ދެ މަޅިއެއްޖަހައިގެން ފޮތިކޮޅަކުން އައްސާ ގޮށެއް. Black Watch އިނގިރޭސި ވިލާތުގެ ވަކި ސަރަޙައްދެއްގައި އުޅޭ އަސްކަރުންގެ ބައެއް. black widow އެމެރިކާއަށް ނިސްބަތްވާ ކަޅު ވިހަ ފައިދިގު މަކުނެއް. in a person’s black books އޭނާގެ ނުރުހުން ލިބިފައިވާ. in black and white ލިޔެފައި ނުވަތަ ޗާޕުކޮށްފައި ވާ.

blackball

ބްލެކްބޯލް. ކ. ކްލަބެއްގެ ނުވަތަ ޖަމާޢަތެއްގެ މެންބަރެއްގެ ގޮތުގައި މީހަކު ވިޔަ ނުދިނުމަށް ސިއްރު އެއްވުމެއްގައި އެމީހަކާ އިދިކޮޅަށް ވޯޓުލުން.

blackberry

ބްލެކްބެރީ. ނ. 1. ދިވެހި ފިނިފެންމާ ފަދައިން ކަށިފަޅާފައިވާ ތިރިކޮށް ހެދޭ ގަހެއް. 2. އޭގައި އަޅާ ކަޅުކުލައިގެ ޖޭމު (މޭވާ). ނ. blackberrying މި ޖޭމު ބިނުމުގައި މީހުން އުޅޭ އުޅުން.

blackbird

ބްލެކްބާރޑް. ނ. ޔޫރަޕުގައި އުޅޭ ގޮވާ ދޫންޏެއް. މީގެ ފިރިހެން އެތި ހުންނަނީ ކަޅުކުލައިގައެވެ.

blackboard

ބްލެކްބޯޑް. ނ. މަދަރުސާގައި ކިޔަވައިދިނުމަށް ބޭނުންކުރާ، ކަޅުކުލައިގައި ބައެއް ފަހަރު ހުންނަ ބޮޑު ފިލާގަނޑެއް. ކަޅުކުލަ ކުރިން ޖައްސަނީ، ދެލި ފުޑައި، (މ. ކައްޓަލަ) ފަތުގެ ދިޔަ ހާކައިގެން. ލިޔާނީ ހުދު މަށިން ހަދާފައި ހުންނަ ޗޯކުން.

blackcock

ބްލެކްކޮކް. ނ. ކަޅުކުލައިގެ ކުކުޅުހެން ހުންނަ ދޫނީގެ ފިރިހެން އެތި. (ގްރައުސް grouse ގެ ފިރިހެން އެތި).

blacken

ބްލެކްން. ކ. 1. ކަޅުކުރުން. ކަޅުވުން. 2. ހިތްގައިމުނޫން ޢިބާރާތްތައް މީހަކާ ނުވަތަ ކަމަކާ މެދު ބުނުން. މ. މީހެއްގެ ޚުލްޤް ބްލެކްން ކުރުން.

blackfly

ބްލެކްފްލައި. ނ. ގަސްތަކަށް ބަލި ޖައްސާ ކަޅު މެއްސެއް.

blackguard

ބްލެގާރޑް. ނ. މަކަރުހަދާ އުޅުމެއް ނެތް މީހެއް.

blackish

ބްލެކިޝް. ނއ. ކަޅުކަން ހުރި. ކަޅުކަން ގަދަ.

blackleg

ބްލެކްލެގް. ނ. އެހެން މީހުން ހަޅުތާލުކުރާއިރު، އެކަމުގައި ބައިވެރިނުވެ މަސައްކަތް ކުރާ މީހެއް.

blackmail

ބްލެކްމެއިލް. ކ. މީހެއްގެ އަގު ވެއްޓޭނެ ފަދަ ސިއްރުތަކެއް ހާމަކުރާނެ ކަމުގެ ބިރު ދައްކައިގެން، އެމީހެއްގެ އަތުން ފައިސާ ހޯދުމަށް އެދުން. ނ. މިގޮތުން ފައިސާ ހޯދާ ހޯދުން. މިކަމުން ހޯދާ ފައިސާ.

blacksmith

ބްލެކްސްމިތް. (ތ ކިޔާނީ ފިއްތި އަޑުން) ނ. ދަގަނޑުން ތަކެތި އުފައްދާ މީހެއް. ތިލޭރު.

blackthorn

ބްލެކްތޯން. ނ. ހުދު މަލެއް އަޅާ، ކަޅުކުލައިގެ މޭވާއެއް އަންނަ ގަހެއް.

bladder

ބްލެޑަރ. ނ. 1. ޖަނަވާރާއި އިންސާނުންގެ ހަށިގަނޑުގައި ފަހަރުވަ އެއްވާ ކޮތަޅު. މަސާނާ. މަޘާނާ. 2. ވައިޖަހައިފިނަމަ ބޮޑުވާ ފަދަ ދުއްޔެއް. މ. ފުޓުބޯޅަ ކުރިން ހަދައިފައި ހުންނަ އިރު އެތެރޭގައި އޮންނަ ފުއްޕާހަން.

blade

ބްލެއިޑް. ނ. 1. ވަޅިއެއް ކަނޑިއެއް ފަދަ އެއްޗެއްގެ ތޫނުކޮށްފައި އޮންނަ ބައި. ތިލަ. 2. ބުރަފައްޗެއް، މަށަންދައްޗެއް، ފައްޔެއް ފަދަ އެއްޗެއްގެ ތުނިކޮށް ހަމައަށް ތާންކޮށް އޮންނަ ބައި. 3. ފަތެއްގެ އޮމާންކޮށް އޮންނަ ބައި، ޚާއްޞަކޮށް ވިނަ، އަދި ގޮވާމު ގަހުގެ. 4. ފުޅާކޮށް ތުނިކޮށް ހުންނަ ކަށި. މ. ކޮނޑުގެ ފަތާކަށިގަނޑު shoulder-blade.

blame

ބްލެއިމް. ކ. ކަމަކަށް ޒިންމާވާން ޖެހޭކަމަށް ބަލައި ކުށްވެރިކުރުން. މީހަކު ކަމެއް ކުރީ ގޯސްކޮށްކަމަށް ބުނުން ނުވަތަ އެގޮތަށް ވިސްނުން. އިލްޒާމްއެޅުވުން. ތުހުމަތުކުރުން. ވީކަމަކަށް ޒިންމާނެގުން. I don’t blame you ކަލޭ ކުރިކަން ރަނގަޅުކަމަށް އަހުރެންނަށް ފެނެއެވެ. —ނ. އިލްޒާމް. ތުހުމަތު. ގޯސްކަމެއް ކުރުމާ ގުޅިގެން ދައްކާކުށް.

blameless

ބްލެއިމްލަސް. ނއ. އިލްޒާމެއް ލިބިގެން ނުވާ. ކުށެއްނެތް. މަޢުޞޫމް.

blanch

ބްލާންޗް. ކ. 1. ބިރުން ފަދަކަމަކުން މީހާ ހުދުވުން. 2. ގަހެއްގައި މަތިޖަހައިގެން އޭގެ ފަތްތައް ހުދުކުރުން. 3. ތަރުކާރީ ފަދަ ތަކެތި ކުޑައިރުކޮޅަކަށް ހޫނު ފެނަށް އެޅުން. މިހެން ހަދަނީ އެ ހުދުކުރަންށާއި ތޮށިނޮޅަން ފަސޭހަކުރުމަށާއި ގަދަ ރަހަތައް މަޑުކުރަންށާއި ގަނޑުކުރަން ތައްޔާރުކުރަން ފަދަ ކަންކަމަށެވެ. ކުޑައިރުކޮޅަކަށް ހޫނު ފެނުގައި ކެއްކުމަށް ވެސް މި ލަފުޒު ބޭނުންކުރެއެވެ. މ. blanch the almonds މާބަދަންތަކުގެ ތޮށި ނޮޅައި ހުދުކުރާށެވެ.

blancmange

ބްލަމޮންޖް. ނ. ކިރާއި ޒުވާރިފުށާއި ހަކުރުން ހަދައި ހަލުވިދާފަދަ ޕުޑިން އެއް.

bland

ބްލޭންޑް. ނއ. 1. ގަދަ ރަހައެއް ނުހިމެނޭ. މ. ކާނާ. 2. އުޅުމުގައި މަޑުމައިތިރި، ލޮނުމަޑު. މީހުން ރުޅިއަރުވާ ނުވަތަ ޖޯޝާއި ފޯރި ނުދައްކާ ގޮތް ހުންނަ. ކއ. blandly. ނ. blandness.

blandishments

ބްލެންޑިޝްމަންޓްސް. ނ. މީހަކު ލައްވާ ކަމެއް ކުރުވުމަށް އޭނާއަށް މަދަހަކިޔުން ނުވަތަ މި ނޫންގޮތުން ވެސް ކުރާ ޢަމަލުތައް.

blank

ބްލެއިންކް. ބްލޭންކް. ނއ. 1. ލިޔެފައި ނުވަތަ ޗާޕުކޮށްފައިވާ އެއްޗެއް ނުހިމެނޭ. ފާހަގައެއް ލިޔުމެއް ކުރެހުމެއް ނުހިމެނޭ. ސާފު. މ. ބްލެއިންކް ކަރުދާސް، ފާރު. 2. ފެންނަ ފެނުމުގައި ފަހުމުވިކަމުގެ އެއްވެސް އަސަރެއް ޝުޢޫރެއް ފާޅުނުވާ. މ. ބްލެއިންކް ނަޒަރަކުން ބަލައިލިއެވެ. 3. ފުރިހަމަ. ކަށަވަރު. މ. ބްލެއިންކް އިޢްތިރާޟް އެއް. —ކ. ނޭނގޭކަމަށް ހެދުން. މ. މީހަކު ފެނުމުން. —ނ. 1. ސާފު، ފާހަގައެއް ނުވާ ތާން އެއްޗެއް. ހުސް ޖާގައެއް. މ. his mind was a blank. އޭނާއަކަށް އެއްވެސް އެއްޗެއް ހަނދާނެއް ނުވި. 2. ބަނޑިއެއްގެ އުންޑަބައި ނުހިމެނޭ ވަޒަން. —ކއ. blankly. ނ. blankness. blank cartridge އުންޑަ ނުހިމެނޭ ވަޒަނެއް. blank cheque ފައިސާގެ އަދަދު، ލިބިގަންނަ މީހާ ޖަހާގޮތަށް އޮތް ޗެކެއް. blank verse ޢާއްމުކޮށް ދިހަ އަޑު ހިމެނޭ ކާފިޔާ ހަމަ ނުވާ ބައިތެއް.

blanket

ބްލޭންކިޓް. ނ. 1. އެނދުގައި ބޭނުންކުރަން ބޯ ފޮއްޗަކުން ހަދާފައި އޮންނަ ފޮތިގަނޑެއް. ރަޖާ. 2. އެއްޗެއް ފޮރުވާ ބޮޑު އެހެން އެއްޗެއް. a blanket of fog ފެންނަ ފެނުން ފޮރުވާ ދުންފިނީގެ ބޯ ފަށަލައެއް. born on the wrong side of the blanket ނަހަލާލަށް ވިހޭ. a blanket agreement ހުރިހާ ކަމެއް ހުރިހާ ޙާލަތެއް ހިމެނޭ އެއްބަސްވުމެއް. —ކ. (blanketed, blanketing) ބްލެންކިޓް އަކުން ފޮރުވުން. މަތީގައި ރަޖާ ނުވަތަ އެފަދަ ބޯ އެހެން ފަށަލައެއް އެޅުން. blanket bath އެނދުމަތީ އޮތް ބަލިމީހެއް އެކި ބައި ވަކިވަކިން ދޮވެގެން ”ފެންވެރުވުން.“ blanket stitch ފޮތިގަނޑެއްގެ (މ. ރަޖާގަނޑެއްގެ) އަރިމަތި ނިއުޅުވިޔަ ނުދޭން ތިނޯހުން ފަހާ ޚާއްޞަ މަޅިއެއްޖަހާ ކައިރި ހެދުމެއް.

blare

ބްލެއަރ. ނ. ބޮލަށް އުނދަގޫވާ ގަދައަޑެއް. މ. ތާޅަފިލީގެ އަޑު. —ކ. މިފަދަ އަޑެއް އިއްވުން.

blarney

ބްލާނީ. ނ. މީހުން ހައްލަން ހިތް ދަމައިގަންނަ ގޮތަށް ދައްކާ ވާހަކަ. މިކަމުގެ މަޤްޞަދަކީ އޮޅުވާލައިގެން އެމީހާ ލައްވާ ކަމެއް ކުރުވުން.

blasé

ބްލާޜޭ. ނއ. ކުރިން ގިނަ ފަހަރު ފެނިދެނިވެފައިވާތީ، ކަމަކުން ފޫހިވެ ފަރިތަވެފައި. އެއްގޯސްވެފައި. މ. މަތިންދާބޯޓުގައި ދަތުރުކުރާލެއް ގިނަކަމުން އެކަމާ މެދު އޭނާ ބްލާޜޭ އެވެ.

blaspheme

ބްލެސްފީމް. ކ. ދީނާ ނުވަތަ ކަލާނގެ އާ މެދު ޙުރުމަތްތެރިކަމެއް ނެތް ހުތުރު ބަސްތައް ބޭނުންކުރުން. ކުފުރުވުން.

blasphemy

ބްލެސްފަމީ. ނ. ކަލާނގެ އާ މެދު ނުވަތަ ދީނާ މެދު ޤަދަރު ކުޑަކަން ހާމަކޮށް ދައްކާ ވާހަކަ ނުވަތަ ލިޔުން. ކުފުރު.

blast

ބްލާސްޓް. ނ. 1. ކުއްލިއަކަށް ގަދައަށް އަންނަ ވައި، ރޯޅި. އެއްޗެއް ގޮވުމުގެ ސަބަބުން އަންނަ ވައިގެ ރޯޅި. 2. ވައިން މަސައްކަތް ކުރާ މިޔުޒިކް ކުޅޭ އެއްޗަކުން، މ. ތުނބުންފުމޭ ކަށިގަނޑުން، ނުކުންނަ އަޑު. 3. ނުރަސްމީ ބަހުރުވައިން މީހަކަށް ގަދައަށްދޭ ނަސޭހަތް. އެއްޗެތި ގޮވުމެއް. —ކ. 1. ގޮވާތަކެތި ބޭނުންކޮށްގެން އެއްޗެއް ގޮއްވާލުން. 2. އެއްޗެއް ހަލާކުކޮށްލުން، ނައްތައިލުން، ބާރުކަނޑުވައިލުން. —ކުއްލިއަކަށް ބުނާ ލަފުޒެއް. ލަޢުނަތް ލިބިގެންވާ. at full blast (އިންޖީނެއް ފަދަ އެއްޗެއް) އެންމެ ބާރަށް ޖައްސައިފައި. blast-furnace ދަގަނޑު ވިރުވާ އުނދުނެއް (މި އުނދުނަށް ފިއްތާފައި ހުންނަ ހޫނު ވައި ހުންނަނީ ފޮނުވާފައެވެ). blast-off ސްޕޭސް އަށް އުޅަނދެއް ފޮނުވައިލުން. މިކަން ކުރާ ވަގުތު.

blasted

ބްލާސްޓިޑް. ނ. ނުރަސްމީ ބަހުރުވައިން ލަޢުނަތް ލިބިގެންވާ.

blatant

ބްލެއިޓަންޓް. ނއ. (ނުބައިކަމެއް ކުރުމުގައި) ޤަޞްދުގައި އަދި އެކަން ފާހަގަވާ ގޮތަށް. މ. blatant lie. ލަދެއް ނެތި ހަދާ ހާމަވާ ދޮގު. blatant attempt to gain publicity އިސްތިހާރުވާންކަން އެނގޭގޮތަށް ކުރި ކަމެއް. —ކއ. blatantly.

blaze

ބްލެއިޒް. ނ. 1. ގަދަ ހުޅުގަނޑެއް ނުވަތަ އަލިފާންގަނޑެއް. 2. ގަދަ އައްޔެއް. ތަފާތު ކުލަތައް ހިމެނޭ ދެއްކުމެއް. 3. ރުޅި ފަދަ ކަމެއް ނުހިފެހެއްޓި ބަންޑުންވުން. މ. blaze of anger. —ކ. 1. ގަދަ އައްޔާއެކު އެނދުން ނުވަތަ އުޖާލާވުން. 2. ރުޅި ފަދަ ޝުޢޫރެއް ހިފެހެއްޓުމެއް ނެތި ބަންޑުންވުން. blazes ނަރަކަ. like blazes ވަރަށް އަވަހަށް. ވަރަށް ބޮޑަށް.

blaze

ބްލެއިޒް. ނ. 1. ޖަނަވާރެއްގެ މޫނުމަތީގައިވާ ހުދު ލަފެއް. 2. ޖަންގަލީގައި ހިނގާ މަގެއް ފާހަގަކުރަން ގަހެއްގެ ގަސްކަނދުގެ ތޮށީގައި ޖަހާ ފާހަގައެއް. —ކ. މިގޮތަށް ގަހުގެ ތޮށީގައި ފާހަގަ އެއް ލުން. އަލަށް ކަމެއް ކުރާއިރު އެހެން މީހުން ހިނގާނޭ މަގު ދެއްކުން.

blaze

ބްލެއިޒް. ކ. އިޢުލާން ކުރުން. ޢާއްމުކުރުން. މ. blaze the news abroad.

blazer

ބްލެއިޒަރ. ނ. ފަޓުލޫނާ ތަފާތު ކުލައަކުން ފަހާފައި ހުންނަ ކޯޓެއް ނުވަތަ ސޫޓްގެ މަތީބައި. ގިނަ ފަހަރު މީހާ ނިސްބަތްވާ މަރުކަޒެއްގެ ނިޝާން މި ކޯޓުގައި ހަރުކޮށްފައި ހުރެއެވެ.

blazon

ބްލެއިޒަން. ނ. އިހުގައި އެކި އާއިލާތަކަށް ވެރިކަމުގެ ފަރާތުން ދޭ ރަމްޒު ނުވަތަ ނިޝާން. ސިއްކަ.

bleach

ބްލީޗް. ކ. އަވި ނުވަތަ ކެމިކަލް ބޭނުންކޮށްގެން ހުދުކުރުން. —ނ. މިކަން ކުރާ މާއްދާއެއް ނުވަތަ ކެމިކަލެއް.

bleak

ބްލީކް. ނއ. އުފާވެރިކަމެއް އުއްމީދެއް ނެތް. ހުސް. ފިނި. މ. the future looks bleak މުސްތަޤްބަލް ފެންނަނީ އުފާވެރިކަމެއް ނުވާ ދުވަސްވަރެއްގެ ގޮތުގައެވެ.

bleary

ބްލިއަރި. ނއ. ފެން އައި ނުސާފުކޮށް ފެންނަ. މ. ބްލިއަރީ ލޯ.

bleat

ބްލީޓް. ނ. ކަންބަޅި، ބަކަރި ނުވަތަ ކުޑަ ގެރިއެއްގެ ހޭރުމުގެ ނުވަތަ ގޮވުމުގެ އަޑު. —ކ. މިއަޑު ލެއްވުން. 2. މޮޅިވެރިގޮތަކަށް ވާހަކަދެއްކުން ނުވަތަ ބުނުން.

bleed

ބްލީޑް. (bled, bleeding). 1. ލޭ ނުވަތަ އެހެން ވެސް ދިޔައެއް ފޭބުން ނުވަތަ ނީރުން. some dyes bleed ބައެއް ފޮތީގައި ޖައްސާ ކުލަ ފެނަށް ގިރެއެވެ. 2. އެއްޗަކުން ލޭ ނުވަތަ އެހެން ވެސް ދިޔައެއް އޮހޮރުވުން. 3. ބިރު ދައްކައިގެން ނުވަތަ ބާރުން ނުވަތަ އެހެންވެސް އުކުޅަކުން މީހެއްގެ އަތުން ފައިސާ ހޯދުން.

bleeding

ބްލީޑިން. ނއ. ކއ. ހުތުރު ބަހުރުވައިން bloody، ލަޢުނަތް ލިބިގެންވާ.

bleep

ބްލީޕް. ނ. ސިގްނަލެއްގެ (އިޝާރާތެއް ނުވަތަ އަލާމާތެއްގެ) ގޮތުގައި ބޭނުންކުރާ ތޫރި އަޑެއް. —ކ. މިފަދަ އަޑެއް އިއްވުން.

blemish

ބްލެމިޝް. ނ. އެއްޗެއްގެ ފުރިހަމަކަން ހަޑިކުރާ ލަކެއް ނުވަތަ އައިބެއް. —ކ. މިފަދަ ލަކެއްގެ ނުވަތަ އައިބެއްގެ ސަބަބުން އެއްޗެއްގެ ފުރިހަމަކަން ގެއްލުވައިލުން.

blench

ބްލެންޗް. ކ. (ބިރުގަތުމުގެ ސަބަބުން ނުވަތަ ހައިރާންކަމުން) ސިއްސައިގެން ގޮސް ފަހަތަށް އެއްލިގެން ދިއުން ނުވަތަ ދުރަށް ދިއުން.

blend

ބްލެންޑް. ކ. 1. ވަކި ރަހައެއް، ކުލައެއް ނުވަތަ އެހެންވެސް ސިފައެއް ގެނައުމަށް ތަކެތި އެއްކުރުން. 2. މެކުވުން. މެކުވެގެން އުފެދޭ އެއްޗެއް. 2. އެއްވެސް ހިތްގައިމުނޫން ނުވަތަ އަޅައިގަންނަ ތަފާތެއް ނުވަތަ ފަރަގެއް ނުހިމެނޭ. މ. the colours blend well ކުލަތައް ހިތްގައިމުގޮތަކަށް ގުޅޭ. —ނ. އެކި ވައްތަރުތައް ހިމެނޭ އެއްޗެއް. މ. a blend of tea ތަފާތު ސައިފަތް އެއްކޮށްގެން ތައްޔާރުކުރާ ސައިފަތް.

blender

ބްލެންޑަރ. ނ. 1. ތަކެތި މެއްކުރާ ނުވަތަ އެއްކުރާ އާލަތެއް. 2. ކާ ތަކެތި އެއްކުރުމަށް (އަދި މުގުރުމަށް) އިލެކްޓްރިކް މޯޓަރަކުން އެނބުރޭ ބުރަފައްޗެއް ހިމެނޭ އާލަތެއް.

Blenheim

ބްލެނިމް. ނ. ބާވަތެއްގެ ސޭބޫއެއް، އާފަލެއް.

bless

ބްލެސް. ކ. 1. ދީނީކަމެއް ކޮށްގެން އެއްޗެއް ބަރަކާތްތެރިކުރުން. 2. މަދަހަކިޔުން، ޙަމްދު ކުރުން. 3. މީހެއްގެ މައްޗަށް ނިޢުމަތް މެދުވެރިކޮށްދެއްވުމަށް ދުޢާކުރުން. bless his heart! ލޯބިން ކުއްލިއަކަށް ބުނާ ޢިބާރާތެއް. bless my soul! ހައިރާންވެގެން ކުއްލިއަކަށް ބުނާ ލަފުޒެއް. 4. ލައުނަތްލުން. މ. she will bless you for breaking that!. be blessed with އެއްޗެއް މިލްކުވެގެން ހެޔޮ ނަޞީބުވެރިވުން. މ. ޞިއްޙަތު.

blessed

ބްލެސިޑް. ނއ. 1. ބަރަކާތްތެރި. 2. ސުވަރުގޭގައިވާ. the Blessed ސުވަރުގޭގައިވާ މީހުން. 3. އިހުގައި މިލަފުޒުގެ މާނައަކީ ”ނަސީބުވެރި“. 4. ނުރަސްމީ ބަހުރުވައިން ލައުނަތް ލިބިގެންވާ. މ. the blessed thing fell. ނ. blessedness.

blessing

ބްލެސިން. ނ. 1. ކަލާނގެ ބަރަކާތާއި ނިޢުމަތް. މިކަމަށް އެދި ކުރާ ދުޢާ. 2. ކެއުމުގެ ކުރިންނާއި ފަހުން ކުރާ ދުޢާ އެއް. 3. މީހަކު ވަރަށް އުފާވާ ކަމެއް. a blessing in disguise އާޚިރުގައި ރަނގަޅު ކަންތައްތަކެއް މެދުވެރިކުރުވި ތިމާ ކުރިން ނުރުހެވުނު ކަމެއް.

blest

ބްލެސްޓް. ނއ. މިހާރު ލިޔާގޮތަކީ blessed. ބަރަކާތްލިބިގެންވާ. well, I am blest! ހައިރާންވެގެން ބުނާ ލަފުޒެއް. I am blest if I know އަހުރެންނަކަށް ނޭނގެއެވެ.

blether

ބްލެދަރ. ކ. ތާކުންތާކު ނުޖެހޭ ވާހަކަ ފޫހިގޮތަކަށް ގިނައިރު ދެއްކުން.

blew

ބްލޫ. ބަލާ blow.

blight

ބްލައިޓް. ނ. 1. ގަސްތަކުގެ ފަތްތައް މޯޅިކުރުވާ ބައްޔެއް. 2. މި ބަލި ޖައްސާ ފަންގަސް (ފޫ) ނުވަތަ ހަސާރާ. 3. ނޭދެވޭ ނުފޫޒެއް. 4. ލޮލަށް ހިތްފަސޭހަ ނޫން ސަރަޙައްދެއް. —ކ. 1. ބްލައިޓް (ގަހަކަށް) ޖެހުން. 2. ހުތުރުވުން ނުވަތަ ކުރުވުން. މ. އޭނާ ވައްކަމެއްގައި އަރުވާލެވިފައިވުމަކީ އޭނާގެ ޝަޙްޞިއްޔަތުގައި ޖެހިފައިވާ ބްލައިޓް އެކެވެ.

blighter

ބްލައިޓަރ. ނ. ނުރަސްމީ ބަހުރުވައިން، މީހެއް ނުވަތަ އެއްޗެއް. ޚާއްޞަކޮށް ނުރުހުންވެވޭ މީހެއް ނުވަތަ އެއްޗެއް.

blimey

ބްލައިމި. ނުރަސްމީ ބަހުރުވައިގައި، ސިއްސައިގެން ގޮސް ބުނާ ލަފުޒެއް.

blind

ބްލައިންޑް. ނއ. 1. ލޮލަށް ނުފެންނަ. a blind bend މަގަށް އަޅާ އެއްޗެތި ނުފެންނަ މަގުގެކަން. 2. މަޢުލޫމާތު ނެތް. ކުރިން ވާނެގޮތް ނޭނގޭ. އޮޅުން ނުފިލާ. blind obedience ސަބަބު ނޭނގި ކަމެއް، އުޅުމެއް ވަގިގޮތަކަށް ބެހެއްޓުން. 3. ފޮރުވިފައިވާ، ނުފެންނަ. blind hemming ފައިކުރި ނުވަތަ ފަސްބައި ނުވަތަ އަތްކުރި މަޅާއިރު ބޭރުން ރޮނދި ނުފެންނަ. 4. (ގަހާ ބެހޭގޮތުން) މައު ނާޅާ. 5. (ކުދި ކޭކު ފަދަ ކާއެއްޗެއް ތައްޔާރުކުރުމުގައި) އެތެރެއަށް އެއްޗެއް ނުއަޅާ. bake it blind. 6. ބަނގުރާ ބޮއެގެން ބީތާ ވެފައި. —ކ. blindly. —ކ. blind ކަނުކުރުން. ނުފެންނަ ގޮތް ހެދުން. 2. ކަމެއް ވިސްނައިގަތުމުގެ ބާރު ވަގުތީ ގޮތުން ވަކިކުރުން. blinded with science ސައިންސްގެ ވާހަކަތަކެއް ދައްކައިގެން އާސޯޚްކޮށް ވިސްނުން އެކަންކަމަށް ހިންގަން ދަތިކުރުން. 3. ވިސްނުމެއް ފިކުރެއް ނެތި ވަކި މަގަކުން ކަން ކުރުން. —ނ. blind 1. ފަރުދާއެއް. ޚާއްޞަކޮށް ކުޑަދޮރަކުން ބޭރު ނުފެންނަ ގޮތް ހެދުމަށް އޮޅާފައި ހުންނަ. 2. ބަހަނާއެއް. 3. ނުރަސްމީ ބަހުރުވައިން ބީތާވަންދެން ރާބުޔުމުގެ ވަގުތެއް. ކއ. blindly. ނ. blindness. blind alley އެއްކޮޅު ބެދިފައިވާ ހަނި ގޯޅިއެއް. މަޤާމުގެ ކުރިއެރުމެއް ނުލިބޭނޭ ވަޒީފާއެއް. blind date ކުރިން ބައްދަލުވެފައި ނުވާ އަންހެނަކާއި ފިރިހެނެއް، އެކަކު އަނެކަކާ ގުޅޭތޯ ބެލުމަށާއި އެކުވެރިކަން އާލާކުރުމަށް ބައްދަލުވާ ބައްދަލުވުމެއް. blind spot އަލި އެޅުމުން އެނގުމެއް ނުވާ ލޮލުގެ އެތެރޭގައިވާ ތަންކޮޅެއް. ނުދަންނަ ޢިލްމުގެ ދާއިރާއެއް. އުޅަނދެއް ދުއްވަން އިންނަ މީހާއަށް ނުފެންނަ މަގުގެ ބައެއް. not a blind bit of ނުރަސްމީ ބަހުރުވައިން އެންމެ ކުޑަ މިންވަރެއް ވެސް ނުވާ. turn a blind eye ނުފެންނަ ކަމަށް ހެދުން.

blinder

ބްލައިންޑަރ. ނ. ބީތާވަންދެން ބަނގުރާ ބުޔުމުގެ މުއްދަތެއް.

blindfold

ބްލައިންޑްފޯލްޑް. ނއ. ކއ. ނުފެންނާނޭހެން، ލޯމަތީގައި ފޮތިގަނޑެއް ބަނދެގެން. ކަނުބަނދެގެން. —ނ. މިކަމަށް ބޭނުންކުރާ ފޮތިކޮޅެއް. —ކ. ކަނުބަނުން.

blink

ބްލިންކް. ކ. 1. އަވަސް އަވަހަށް ލޯ ހުޅުވައި ލެއްޕުން. 2. އެސްފިޔަޖެހުން. 3. ދިއްލިލާފައި ނިވުން. ބެބުޅުން. 3. އަޅައި ނުލުން. ވިސްނުމަށް ނުވަތަ ގޮތެއް ނިންމުމުގައި ހިމެނުމަށް އިންކާރުކުރުން. there is no blinking these facts މި ޙަޤީޤަތްތަކާ މެދު ފިކުރު ހިންގަން ޖެހޭނެއެވެ. —blink ނ. 1. އެސްފިޔަޖަހައިލުމެއް. 2. ކުޑަކޮށް ދިއްލިލުން. on the blink ނުރަސްމީ ބަހުރުވައިން އެކި ދުވަސް ކޮޅުކޮޅުން ފޭލިވުން (މ. ކޮމްޕިއުޓަރެއް ނުހިނގުން)

blinker

ބްލިންކަރ. ކ. ފެނުނަ ނުދިނުން. އޮޅުން ފިލިޔަ ނުދިނުން. blinkers ނ. އަހެއްގެ ލަގަނުގެ ބައެއް. މިއީ އަހަށް ދެ ފަރާތް ފެނުމުން ކުރިއަށް ދުއްވުމަށް ދަތިވާނެތީ ދެ ފަރާތް މާ ބޮޑަށް ނުފެންނަ ގޮތަށް ގެރިހަމުން ހަދައިފައި ލޯމަތީ އަޅާ ނިވަލެކެވެ.

blinking

ބްލިންކިން. ނއ. ނުރަސްމީ ބަހުރުވައިން ލައުނަތް ލިބިގެންވާ.

blip

ބްލިޕް. ނ. 1. ރާޑަރެއްގެ އިސްކްރީނުން ފެންނަ އަލި ތިއްކެއް؛ މިއިން އެނގެނީ ކޮންމެވެސް އެއްޗެއް ވާކަން. 2. އިލެކްޓްރޮނިކް އެއްޗަކުން ކިޔާ ތޫލި އަޑެއް. 3. ހީނުކުރާ، ޢާއްމު ނޫން ވަގުތީ ތަފާތެއް. މ. ޑޮލަރުގެ އަގު އިއްޔެ ބޮޑުވުމަކީ ބްލިޕް އެއް. —ކ. ކުޑަކޮށް ކާރެއްގެ ރޭސް ޕެޑަލްއަށް ފިތައިލުން.

bliss

ބްލިސް. ނ. ފުރިހަމަ އުފާވެރިކަން. ނަޢީމް. ނއ. blissful. ކއ. blissfully.

blister

ބްލިސްޓަރ. 1. ފެންއެޅިގެން ދުޅަވާ ހަމުގެ ތަންކޮޅެއް. ފޮޅު. 2. އެއްޗެއްގެ އުފުލިފައިވާ ފޮޅެއް ފަދަ ތަނެއް. މ. ދޮރެއްގައި ދަވާދުލާފައިވާ އިރު ފުއްޕާފައިވާ ތަންކޮޅެއް. —ކ. 1. ފޮޅުނެގުން ނުވަތަ ނަގާގޮތް ހެދުން. 2. ވަރަށް ހަރުކަށިކޮށް މީހެއް ކުރި ކަމެއްގެ ކުށް ދެއްކުން. blister pack ތެޅޭ ތަކެތި ބަންދުކުރުމަށް ފޮޅުތަކެއް ހެން އުފުލާފައި ހުންނަ ބޮކިތަކެއް ހުންނަ ޕްލާސްޓިކް ކަރުދާހެއް.

blithe

ބްލައިތް. (ތ ކިޔާނީ ސުކުން އަޑަކަށް). ނއ. ފިކުރެއް ޚިޔާލެއް އަޅައިލުމެއް ނެތި. މ. blithe disregard for danger ނުރައްކަލަށް އެއްވެސް އަޅައިލުމެއް ނެތް. ކއ. blithely.

blithering

ބްލިދަރިން. ނއ. ނުރަސްމީ ބަހުރުވައިން ފުރިހަމަ، ނުރުހުން ޙައްޤުވާ. މ. blithering idiot ފުރިހަމަ މޮޔައެއް.

blitz

ބްލިޓްޒް. ނ. ކުއްލިއަކަށް ސަހަރަކަށް ދޭ އަވަސް، ވަރުގަދަ ހަމަލާއެއް. ގިނަ ފަހަރު މިފަދަ ހަމަލާގައި މަތިންދާބޯޓުން ބޮން އަޅައެވެ.

blizzard

ބްލިޒަޑް. ނ. ގަދަވަޔާ އެކު އަންނަ ސްނޯ ގެ ޠޫފާނެއް.

bloated

ބްލޮއުޓިޑް. ނއ. ކާތަކެތިން، ވައިން ނުވަތަ ފެނުން ފުރި ފުއްޕުން. މ. މީހެއްގެ ބަނޑު.

bloater

ބްލޮއުޓަރ. ނ. ލޮނު އަޅައި ދިލަޖައްސާފައިވާ ހުންނަ ކުދި މަހުގެ ބާވަތެއް.

blob

ބްލޮބް. ނ. ދިޔައެއްގެ ތިއްކެއް. ވަށް ގުޅަވަރެއް. އޮލަ ތަތްކަން ހުރި އެއްޗެއްގެ ގުޅަވަރެއް.

bloc

ބްލޮކް. ނ. ވަކި މަޞްލަޙަތެއްގައި އެކަކު އަނެކަކަށް ވާގިވެރިވުމަށް އެކުވާ ބައެއްގެ ޖަމާޢަތެއް ނުވަތަ މިގޮތަށް އެކުވާ ޤައުމުތައް.

block

ބްލޮކް. ނ. 1. ލަކުޑި، ގައު ފަދަ ހަރު އެއްޗެއްގެ ބައެއް، ތަންގަނޑެއް. އަރިތައް ތާންކޮށް ހަމަކޮށް ހުންނަ ހަރު އެތިގަނޑެއް. 2. ލަކުޑި ގުޅިއެއް. 3. މަރުތޭލުން ތަޅާއިރު ނުވަތަ ފުރޯއިން ފަޅާއިރު ބޯދަށަށް ލާ އެތިގަނޑު. the block މަރަން ނިންމާފައިވާ މީހުން ބޯ ބުރިކުރަން ބޯދަށަށް ލާ ލަކުޑިގަނޑު. 4. ކައްޕިލައި ދެފަރާތުގައި ފިލާ ހަރުކޮށްފައި ހުންނަ އެއްޗެއް. block and tackle ތަކެތި އުފުލަން ކައްޕިއާއި ވައު ނުވަތަ ޗޭނު ޖަހައިފައި ހުންނަ އާލަތެއް. 5. އިންޖީނެއްގެ ޕިސްޓަންތަކާއި އެހެނިހެން ބައިތައް އޭގެ ތެރޭގައި ހުންނަ ދަގަނޑު ނުވަތަ އެލްމިނިއަމް އެތިގަނޑު. 6. ވަށައިގެން މަގު އޮންނަ، ޖެހިޖެހިގެން ހުންނަ ގޯތިތަކާއި ޢިމާރާތްތައް. 7. ވަކި އޮފީސްތަކަށާއި ފްލެޓްތަކަށް ބަހާފައި ހުންނަ ބޮޑު ޢިމާރާތެއް. 8. ޙިއްޞާތަކުގެ ނުވަތަ ތިއޭޓަރެއްގެ ގޮނޑިތަކުގެ ގިނަ ޢަދަދުތަކެއް. 9. ލިޔުމަށް ނުވަތަ ކުރެހުމަށް ބޭނުންކުރާ ކަރުދާސްތަކުގެ ކުޑަ ބަންޑެއްޔެއް. 10. ހުރަހެއް. ބަންދުކުރުމެއް. mental block ބުއްދިއަށް ތުރާވެގެން ދެނެގަންނަން ދަތިވާ ދަތިވުން. —ކ. 1. ހުއްޓުވުން. ބަންދުކުރުން. ގުޑުނަނުދިނުން. ހަރަކާތްތެރިވިޔަ ނުދިނުން. 2. ކްރިކެޓްގައި އުކާ ބޯޅަ ބެޓުންޖަހައި ވިކެޓާހަމަޔަށް ދިޔަ ނުދިނުން. block-buster ސަހަރެއްގެ އެއް ބްލޮކް (ވަށައިގެންމަގު އޮންނަ ޖެހިޖެހިގެން އިމާރާތް ހުރި ތަނެއް) ސުންނާފަތި ކޮށްލާފަދަ ބާރުގަދަ ބޮން. block in ރަފުކޮށް ކުރަހައިލުން. block letters ލެޓިން އަލިފުބާގެ ކެޕިޓަލް އަކުރުތައް. block vote ވޯޓުލާ މީހާ ތަމްސީލުކުރާ މީހުންގެ ޢަދަދުން ނުފޫޒު އޮންނަ ވޯޓު ނިޒާމެއް. knock his block off ނުރަސްމީ ބަހުރުވައިން އޭނާގެ ބޮލުގައި ޖެހުން.

blockade

ބްލޮކެއިޑް. ނ. ހަނގުރާމަވެރިން ނުވަތަ މަނަވަރުތައް ވަށާލައިގެން ޤައުމަކުން މުދައު ބޭރުކުރުމަށާއި އެތެރެކުރުން ހިފަހައްޓާ ޙާލަތެއް. —ކ. ބްލޮކެއިޑް އެއް ތަންފީޒުކުރުން.

blockage

ބްލޮކިޖް. ނ. އެއްޗެއްގެ ތެރެއިން (މ. ހޮޅިއަކުން) އެހެން އެއްޗެއް (މ. ލޭ) ދަތުރުކުރުން ހިފަހައްޓާ އެއްޗެއް. މި ޙާލަތު.

blockhead

ބްލޮކްހެޑް. ނ. ސޭކު މީހެއް.

bloke

ބްލޮއުކް. ނ. ނުރަސްމީ ބަހުރުވައިން މީހެއް؛ އާދައިގެ މީހެއް. ސޮރު. ގޮލާ.

blond, blonde

ބްލޮންޑް. ނއ. ހިކި ހުއި ކުލައިގައި (މަޑު ރީނދޫކުލައިގައި) އިސްތަށިގަނޑު ހުރި. —ނ. މިކުލައިގައި އިސްތަށިގަނޑު ހުރި މީހެއް.

blood

ބްލަޑް. ނ. 1. ހައިވާނުގެ އެތެރޭގައި ދައުރުކުރާ އޮކްސިޖަން ހުންނަ ރަތްކުލައިގެ ދިޔަ. ލޭ. 2. ލޭ އޮހޮރުވުން. މިކަމުން ލިބޭ އުދާސް. 3. ކެރުން، ރުޅި. his blood is up އޭނާވަނީ ތެޅުމުގެ ރޫޙެއްގައި. there is bad blood between them ރުޅިވެރިކަން. 4. ދަރިފަސްކޮޅު. new blood އާއިލާއަކަށް އެތެރެވާ އައު މީހުން. a prince of the blood ޝާހީ ދަރިފަސްކޮޅު. they are my own blood ތިމާގެ މީހުން. —ކ. ޝިކާރަކުރާ ކުއްތާތަކަށް ލޭގެ ވަސް ޖެއްސުން. ފަށައިގަތުން. blood-bath ނ. ޤަތުލުޢާއްމު އެއް. blood-curdling ނއ. ބިރުވެރި. blood group އިންސާނުންގެ ލޭ ގިންތިކުރެވޭ ގުރޫޕްތަކުގެ ތެރެއިން ގިންތިއެއް. blood orange އެތެރެ ރަތްކޮށް ހުންނަ އޮރެންޖެއް. blood-poisoning ކެނޑިފައިވާ ތަނަކުން ނުވަތަ ފާރުގަނޑަކުން ޖަރާސީމު ވަދެގެން ލޭ ތަޣައްޔަރުވެގެން ޖެހޭ ބައްޔެއް. blood pressure ލޭ ހޮޅިތަކުގައި ލޭ ދަތުރުކުރާއިރު ހުންނަ ޕްރެޝަރ ނުވަތަ ފިއްތުން. ލޭގެ ޕްރެޝަރ މަތިވާ ބަލި. blood-red ލޭކުލަ. blood sports ދިރޭ އެއްޗެއް މަރައިލުން ހިމެނޭ ކުޅިވަރު. blood test ބަލިތައް ދެނެގަތުމަށް ލޭގެ އެކި ބައިތައް ހުރިވަރު ބަލާ ޓެސްޓް. blood-vessel ލޭ ދައުރުކުރާ ހޮޅި.

bloodhound

ބްލަޑްހައުންޑް. ނ. އިހުގައި ޝިކާރަކުރުމަށް ގެންގުޅުނު ވަހުގެ ޙިއްސު ތޫނު ބޮޑު ކުއްތާއެއް.

bloodless

ބްލަޑްލަސް. ނއ. 1. ލޭނެތް. 2. ލޭމަދުވުމުން ދޮންފޫޑު ޖަހާ. ފޮއްސި. 3. ލޭއޮހޮރުވުމެއް ނުވާ.

bloodshed

ބްލަޑްޝެޑް. ނ. އިންސާނުން މެރުން ނުވަތަ އެމީހުންނަށް ގަދައަށް އަނިޔާކުރުން.

bloodshot

ބްލޮޑްޝޮޓް. ނއ. (ލޮލާމެދު) ލޯރަތްވެފައިވާ. ލޮލުގެ ނާރުތައް ކުއްލިއަކަށް ބޮޑުވުމުން ލޭކުލަ ލޮލުގެ ހުދުކަޅިއަށް ފާއްދާފައިވާ.

bloodstain

ބްލަޑްސްޓެއިން. ނ. ލެއިން ޖެހޭ ލައް.

bloodstained

ބްލަޑްސްޓެއިންޑް. (ނޫނު ކިޔާނީ ތަންވީންކޮށް) ނއ. 1. ލެއިން ލައް ޖެހިފައި. 2. ލޭއޮހޮރުވުމުގެ ސަބަބުން އަބުރުގެއްލިފައި.

bloodstock

ބްލަޑްސްޓޮކް. ނ. ރޭސްޖެހުމަށް ޚާއްޞަކޮށްގެން އުފައްދައިފައިވާ ދަރިފަސްކޮޅެއްގެ އަސް.

bloodstream

ބްލަޑްސްޓްރީމް. ނ. ހަށިގަނޑުގައި ދައުރުވަމުންދާ ލޭ. މި ލޭގެ ދައުރުވުން.

bloodsucker

ބްލަޑްސަކަރ. ނ. 1. ލޭބޯ ސުއިއްޕެއް. 2. ގަދަކަމުން މީހުންގެ އަތުން ފައިސާ އަތުލާ މީހެއް.

bloodthirsty

ބްލަޑްތާރސްޓި. ނއ. ލޭއޮހޮރުވުމަށް ކެތް މަދުވެފައިވާ.

bloody

ބްލަޑި. ނއ. 1. ލެއިން ލައް ޖެހިފައިވާ. 2. ގިނަ ލޭ އޮހޮރުނު. މ. ބްލަޑީ ހަނގުރާމައެއް. 3. ހުތުރު ބަހުން ވާހަކަ ދައްކާއިރު، ރުޅިވެރިކަން ހާމަކުރަން ނުވަތަ ބާރުލާން ބުނެ އުޅޭ ލަފުޒެއް. ލަޢުނަތް ލިބިގެންވާ. ވަރަށް ބޮޑު. މ. bloody awful. —ކ. (bloodied, blooding) ލެއިން ލައް ޖެހުން ނުވަތަ ޖެއްސުން. ކއ. bloodily. ނ. bloodiness. Bloody Mary ވޮޑްކާ ކިޔާ ބަނގުރަލާއި ވިލާތުބަށި ޖޫސް އެއްކޮށްގެން ހަދާ ރަލުގެ ބުޔުމެއް. މި ނަން ކިޔާފައިވަނީ Mary Tudor ކިޔާ މީހެއްގެ ވެރިކަމުގައި ގިނަ ބަޔަކު ޤަތުލުކޮށްފައިވާތީއެވެ. bloody-minded ނއ. ނުރަސްމީ ބަހުރުވައިން އެއްބާރުލުން ނުދޭ. ނ. bloody-mindedness.

bloom

ބްލޫމް. ނ. 1. ފޮޅިފައިވާ މައު. 2. ރީތިކަން. ފުރިހަމަކަން. in the bloom of youth ޒުވާންކަން ފުރިހަމަވެފައިވާ ދުވަސްވަރު. 3. ތާޒާ މޭބިސްކަދުރުގެ ބޭރު ތޮށީގައި ނުވަތަ އެހެންވެސް މޭވާގެ ތޮށީގައި ހުންނަ ކުނޑިއެއް. —ކ. 1. މައު އެޅުން. މައު ފޮޅުން. 2. ފުރިހަމަ ރީތިކަމުގައި ވުން.

bloomer

ބްލޫމަރ. ނ. ނުރަސްމީ ބަހުރުވައިން ނޭނގުމުން ނުވަތަ ފަރުވާކުޑަކަމުން ހެދޭ ގޯހެއް ނުވަތަ ކުށެއް.

bloomers

ބްލޫމަރސް. ނ. އިހުގައި އަންހެނުން ހެދުމުގެ އެތެރެއިން ލައި އުޅުނު ދޫ ހަރުވާޅެއް.

blooming

ބްލޫމިން. ނއ. ކއ. ނުރަސްމީ ބަހުރުވައިން ލަޢުނަތް ލިބިގެންވާ.

blossom

ބްލޮސަމް. ނ. 1. މައު، ޚާއްޞަކޮށް މޭވާގަހުގެ މައު. 2. އެފަދަ މައު ބޮޑިވަރެއް. 3. —ކ. 1. ކަލީ ނުވަތަ ނުފޮޅޭމާ މަލަކަށް ހުޅުވުން. 2. ހެދި ބޮޑުވެ ފައްކާވުން.

blot

ބްލޮޓް. ނ. 1. ދެލިތިއްކެއް. 2. ހުތުރު އެއްޗެއް. މ. އެ ޢިމާރާތަކީ އެ ރީތި ގޮނޑުދޮށުގައިވާ ބްލޮޓް އެކެވެ. 3. ކުށެއް. ލަދުވެތި ޢަމަލެއް ނުވަތަ ފެންވަރެއް. —ކ. (blotted, blotting) 1. ދެލި ތިކިޖެހުން ނުވަތަ ލައް ޖެހުން. 2. ދެލިހިއްކާ ކަރުދާސް ބޭނުންކޮށްގެން ދެލި ހިއްކުން. ދިޔައެއް އެއްޗެއްގެ ތެރެއަށް ދަމައިގަނުވައިގެން ހިއްކުން. blot one’s copybook މީހެއްގެ ރީތި ރެކޯޑެއް ހުތުރުކުރުން. blot out ގަލަމުން ރޮނގެއް ދަމައި ލިޔުމެއް ކަނޑައިލުން. ކިޔަން ނޭނގޭގޮތް ހެދުން. ނުފެންނަ ގޮތް ހެދުން ނުވަތަ މިހެން ވުން. މ. ދުމުން އެ ރަށް ބްލޮޓް ވެއްޖެއެވެ. މުޅިން ނައްތައިލުން. blotting-paper ދިޔާ ދެލިން ލިޔާތަކެތި ހިއްކުމަށް ބޭނުންކުރާ ދެލިހިއްކާ ކަރުދާސް.

blotch

ބްލޮޗް. ނ. ބޮޑު ލަކެއް ނުވަތަ ފާހަގައެއް މ. މީހެއްގެ ހަމުގައިވާ. ނއ. blotched, blotchy.

blotter

ބްލޮޓަރ. ނ. ދެލިހިއްކާ ކަރުދާސްތަކެއް ހިރަސްޖަހައިގެން ނުވަތަ ތަތްކޮށްގެން ހަދައިފައިވާ “ފޮތެއް”. މިފަދަ ކަރުދާސް ހަރުކުރާ ނުވަތަ ބަހައްޓާ އެއްޗެއް.

blotto

ބްލޮޓޮއު. ނއ. ނުރަސްމީ ބަހުރުވައިން މަސްތުވެފައި. ރާބޮއިގެން ބީތާވެފައި.

blouse

ބްލައުޒް. ނ. އަންހެނުންނާއި ކުޑަކުދިންލާ އުނަގަނޑުން މަތީގައި ހުންނަ ގަމީހެއް ފަދަ ހެދުމެއް. 2. ސިފައިންގެ ޔުނިފޯމުގެ އުނަގަނޑާ ހަމައަށް ފޯރާ ކޯޓެއް.

blow

ބްލޮއު. ކ. (blew, blown, blowing). ވައި ޖެހޭ ފަދައިން ވައިގެ ތެރޭގައި ދަތުރުކުރުން. 2. ނޭވާ ބޭރުކުރުން. ވައި ފޮނުވުން ނުވަތަ ޖެއްސުން. މިގޮތަށް ޖައްސާ ވައިން އެއްޗެއް ދަތުރުކުރުވުން. blow one’s nose ފުއްޕާމެއިން ނެރޭ ވައިން ނޭފަތުން އަރުދަފުސް ބޭރުކުރުން. blow the whistle ކަށިގަނޑަށް ފުމެގެން އަޑު ނެރުން. 3. ދިޔާ ބިއްލޫރިއަށް ހޮޅިއަކުން ފުމެގެން ބައްޓަމެއް ޖެއްސުން. 4. ވައިން އެއްޗެއް އެއްތަނުން އަނެއް ތަނަށް ގެންދިއުން. door blew open ޖެހޭ ވައިން ދޮރު ހުޅުވިއްޖެ. 5. މާނޭވާލުން. 6. ވައި ގިނަވުމުގެ ސަބަބުން އުފުލި އެރުން. މ. tin has blown ދަޅުގެ ތެރޭގައި ޕްރެޝަރ މަތިވެގެން ދަޅެއްގެ މަތިގަނޑު އެރުން ނުވަތަ ދަޅު ގޮވުން. 7. ކަރަންޓް މަތިވެގެން ފިޔުޒުނަރުން ވިރުން. މ. a fuse has blown 8. ގޮވާތަކެތި ބޭނުންކޮށްގެން ގޮއްވާލުން. 9. ނުރަސްމީ ބަހުރުވައިން ހާމަވުން. މ. the spy’s cover was blown ޢަދާވާތްތެރިންނަށް އޭނާ އެނގުން. 10. ބެލުމެއް ނެތި ޚަރަދުކުރުން. —(ކުއްލިއަކަށް ބުނާ ލަފުޒެއްގެ ގޮތުގައި) ލަޢުނަތް ހުރި. މ. blow you Jack, I am all right ކަލެއަށް ކޮންމެ ގޮތެއް ވިއަސް ވަރިހަމަ. —ނ. blowing. go for a blow ވައި ޖައްސާލަން ބޭރަށް ނުކުތުން. blow in (ނުރަސްމީ ބަހުރުވައިން) ކުރިން ނުއަންގާ ދިއުން. ގެއަކަށް ނުބުނެ ޒިޔާރަތްކޮށްލުން. blow one’s own trumpet އަމިއްލަ ނަފުސަށް ސަނާ ކިޔުން. blow one’s top (ނުރަސްމީ ބަހުރުވައިން) ވަރަށް ގަދަ ރުޅިއެއް ހާމަކުރުން. blow over މާ ބޮޑު ނޭދެވޭ އަސަރެއް ނުކޮށް ނިމުން. blow the gaff ސިއްރެއް ބޭޒާރުކުރުން. blow the mind ކަމެއް ވަރަށް އާދަޔާ ޚިލާފަށް މޮޅުކަމަށް ވަޒަންކުރެވުން. މ. the film blew my mind. blow up ވައިޖަހައިގެން ފުއްޕުން. ކަންބޮޑުކުރުން. ފޮޓޯގަނޑެއް ބޮޑުކުރުން. ގޮއްވާލައިގެން ކުޑިކުޑިކޮށްލުން، މީހެއްގެ ރުޅި ކޮންޓްރޯލްނުވެގެން ދިއުން. ބޮޑަށް އެއްޗެތި ގޮވުން. ބޮޑު މައްސަލައަކަށް، ކާރިސާއަކަށްވުން. this problem has blown up recently މި މައްސަލަ ފަހުން ބޮޑުކަމަކަށް ވެއްޖެ. ނ. blow-up.

blow

ބްލޮއު. ނ. 1. އެތިފަހަރެއް. އަތުން ނުވަތަ ހަތިޔާރަކުން ޖަހާ އެތިފަހަރެއް ނުވަތަ މަޅައިގަތުމެއް. 2. ބޮޑު ހިތާމަޔެއް. މުޞީބާތެއް. blow-by-blow ނއ. ކަން ހިނގި ތަރުތީބުން ހާދިސާއެއް ތަފްޞީލާއެކު ކިޔައިދޭ.

blow-dry

ބްލޮއުޑްރައި. ކ. އަތުން ހިފަހައްޓާ ހޫނު ވައި ނުކުންނަ އެއްޗަކުން ދޮވެފައިވާ އިސްތަށިގަނޑެއް ވަކި ފޭޑިއަކަށް ބައްޓަން ކުރުން.

blower

ބްލޮއުވަރ. ނ. 1. ވައި ޖައްސަށް ފުމޭ ނުވަތަ އެއްޗެއް ހޫރުވާ ނުވަތަ އަނބުރާ މީހެއް. މިފަދަ ކަމެއް ކުރާ އެއްޗެއް. 2. ނުރަސްމީ ބަހުރުވައިން ޓެލިފޯން.

blowfly

ބްލޮއުފްލައި. ނ. މަސްގަނޑަށް ބިސްއަޅައި ބޮޑު މެއްސެއް. ގުއިވަޅު މެހި.

blowlamp

ބްލޮއުލޭމްޕް. ނ. ވަކި ދިމާއަކަށް ދިއްކުރެވޭ ގޮތަށް ހޫނު ހުޅުގަނޑެއް ނުކުންނަ އުނދުނެއް. ބައްދާއުނދުން.

blown

ބްލޮއުން. ބްލޯން. ބަލާ blow. ގަދަ މަސައްކަތުގެ ސަބަބުން މާނޭވާ ލެވިފައި ނުވަތަ ނޭވާކުރުވެފައި.

blow-out

ބްލޮއު-އައުޓް. ނ. 1. ދުއްވާ އެއްޗެއްގެ ބޭރު ހަން ފަޅައިގެން ދާ ދިއުން. 2 (އިލެކްޓްރިކް) ފިޔުޒެއް ކެނޑުން. 2. ތެޔޮވަޅަކުން ގޭސް ނުވަތަ ތެޔޮ ވަރަށް ބާރަށް ކޮންޓްރޯލެއް ނެތި އެރުން. 3. ނުރަސްމީ ބަހުރުވައިން ގިނައިން ކާ ކެއުމެއް.

blowpipe

ބްލޯޕައިޕް. ނ. 1. އުނދުނަށް ފުމޭ އޮނު ނުވަތަ ހޮޅި. ވައިދަތުރުކުރާ ހޮޅި. 2. ވަށް އުންޑައެއް، ތީރެއް ފަދަ އެއްޗެއް އެއްކޮޅަށް ލައި، އަނގައިން ފުމެގެން އެ ދުރަށް ފޮނުވާ ހޮޅިބުރިއެއް.

blowy

ބްލޯއި. ނއ. ގަދަ ވައި ޖެހޭ. ވައިޖެހޭ.

blowzy

ބްލައުޒީ. ނއ. މޫނު ރަތްވެ، ކުރަކިވެފައިވާ.

blubber

ބްލަބަރ. ނ. ބޮޑުމަހުގެ ސަރުބީ.

blubber

ބްލަބަރ. ކ. އަޑުގަދަކޮށް ރުޔުން.

bludgeon

ބްލަޖަން. ނ. ހަތިޔާރުގެ ގޮތުގައި ބޭނުންކުރާ އެއްކޮޅު ފަލަ މުގުރެއް. —ކ. 1. ބަރު އެއްޗަކުން ބާރަށް ތަކުރާރުކޮށް ޖެހުން. 2. މަޖުބޫރުކުރުން.

blue

ބްލޫ. ނއ. 1. ނޫކުލަ. އުޑުގައި ވިލާ ނުހުންނަ ދުވަސްދުވަހު އުޑު އޮންނަ ކުލަ. 2. މޮޅިވެރި. ހިތާމަވެރި. ދެރަވެފައި. 3. ބޭއަދަބީ. ހުތުރު. މ. blue jokes. —ނ. 1. ނޫކުލަ. 2. ނޫ ފޭރާން ނުވަތަ ނޫކުލައިގެ ތަކެތި. 3. the blue އުޑު، ކަނޑު. 4. އޮކްސްފޮޑް އަދި ކޭމްބްރިޖް ޔުނިވަރސިޓީގެ ދެމެދުގައި އޮންނަ މުބާރާތްތަކުގައި ކުޅުންތެރިންނަށް ދެވޭ އިމްތިޔާޒެއް ނުވަތަ ދަރަޖައެއް. މި ދަރަޖަ އޮންނަ މީހެއް. —ކ. (blued, blueing). ނޫކުލަ ޖެއްސުން ނުވަތަ ނޫކުރުން. —ނ. blueness. blue baby ހިތުގެ މައްސަލައެއްގެ ސަބަބުން ހަންގަޑު ނޫ ވެފައިވާ ތުއްތު ކުއްޖެއް. blue-blooded ނއ. ބޭފުޅުންގެ އާއިލާއަކުން އައިސްފައިވާ. Blue Book އިނގިރޭސިވިލާތުގެ ޕާލަމަންޓްގެ ނުވަތަ ޕްރިވީ ކައުންސިލްގެ ރިޕޯޓެއް. blue cheese ނޫކުލައިގެ ރޮނގުތަކެއް ފުލުގެ ސަބަބުން ޖަހާފައި ހުންނަ ޗީޒް ނުވަތަ ޕަނީރު. blue-collar worker އަތުން މަސައްކަތް ކުރާ ވަޒީފާއެއްގައި އުޅޭ މީހެއް. blue funk ނުރައްކާތެރި ބިރުވެރި ޙާލަތެއް. blue-pencil ކ. ނޫކުލައިގެ ފަންސުރަކުން ރޮނގުދަމައި ކަނޑައިލުން، ސެންސަރުކުރުން. Blue Peter ފުރަން ގާތްވެއްޖެކަން އެންގުމަށް ނައުފަހަރުގައި ނަގާ ހުދު ގޮޅިއެއް ހުންނަ ނޫ ދިދައެއް. blues ނ. ޖާޒް މިޔުޒިކްގެ ހިތާމަވެރި ރާގުތައް. blues ހިތާމަވެރި ޙާލަތެއް. blue whale ދުނިޔޭގެ އެންމެ ބޮޑު މަސް. once in a blue moon ވަރަށް މަދުން. ވަރަށް ލަސްލަހުން. out of the blue އެއްވެސް އެނގުމެއް އިޝާރާތެއް ނެތި ކުއްލިއަކަށް. true blue ވަފާތެރި. ވަފާދާރު.

blue

ބްލޫ. ކ. (blued, blueing) ނުރަސްމީ ބަހުރުވައިން ވިސްނުމެއް ފިކުރެއް ނެތި ހޭދަކުރުން.

Bluebeard’s chamber

ބްލޫބިއަޑްސް ޗެމްބަރ. ބިރުވެރި ތަކެތިވާ ތަނެއް. މި ނަން ކިޔަނީ ވާހަކައެއްގައި އުޅޭ މީހަކު، ހައެއްކަ އަންހެނުން މަރާލާފައި އެމީހުންގެ ގަބުރު ބޭއްވި ކޮޓަރިއަކަށް ނިސްބަތްކޮށެވެ.

bluebell

ބްލޫބެލް. ނ. ތާޅަފިލި ގޮތަށް ހުންނަ ނޫކުލައިގެ މަލެއް. މި މައު އަޅާ ގަސް.

blueberry

ބްލޫބެރި. ނ. ފިނިޤައުމުތަކުގައި ތިރިގަހެއްގައި އަޅާ ގަދަނޫކުލައިގައި ހުންނަ ޖޭމެއް. މިއަޅާ ގަސް.

bluebottle

ބްލޫބޮޓްލް. ނ. ނޫކުލަ ހުންނަ ގުއިވަޅު މެހި ގޮތަށް ހުންނަ މެއްސެއް.

blueprint

ބްލޫޕްރިންޓް. ނ. 1. ނޫކުލައިން ހުންނަ ބިނާތަކުގެ ކުރެހުމެއް. މިއީ ފޮޓޯ ނެގުމުގެ ވައްތަރެކެވެ. 2. ތަފްޞީލުކޮށް އޮތް ރޭވުމެއް.

bluestocking

ބްލޫސްޓޮކިން. ނ. އުނގެނިގެން ހުރި އަންހެނެއް.

bluetit

ބްލޫޓިޓް. ނ. ވަރަ އާއި ފިނދުފަތް ނޫކުލައިގައި ހުންނަ ކުޑަ ދޫންޏެއް.

bluey

ބްލޫއީ. ނއ. ނޫކުލަ ގަދަކޮށް ހުރި. މ. ބްލޫއީ ވައިޓް.

bluff

ބްލަފް. ނއ. 1. ތިރިއަށް ފައިބާފައިވާ ފަރުބަދައެއްގެ ނުވަތަ ބިމުގެ ފުޅާ ގުންޑޮޅިއެއް. 2. ކުރު ސާފު އަދި އިޚްލާޞްތެރިކަމާއެކު. —ނ. ފަރުބަދައެއްގެ ނުވަތަ ފަސްގަނޑެއްގެ ގުންޑޮޅި.

bluff

ބްލަފް. ކ. (ގަދަކަމަށް ދައްކައިގެން ނުވަތަ އެހެންވެސް ސިފައެއް ހުރިކަމަށް ދައްކައިގެން) މީހަކަށް އޮޅުވައިލުން. —ނ. (އެކަމެއް ނުކުރުމަށް ޤަޞްދުކޮށް، ނަމަވެސް) ކަމެއް ކުރާނެކަމަށް ބުނެގެން މީހަކު ލައްވައި ކަމެއް ކުރުވާ ކުރުވުން. މީހަކަށް އޮޅުވައިލާ އޮޅުވައިލުން.

bluish

ބްލުއިޝް. ނއ. ނޫކުލަކަން ހުރި.

blunder

ބްލަންޑަރ. ކ. 1. ހޫރެމުން ޔަޤީންކަމެއް ނެތި ޙަރަކާތްތެރިވުން. 2. ބްލަންޑަރ އެއް ހެދުން. —ނ. blunder ފަރުވާކުޑަކަމުން ނުވަތަ ނޭނގިގެން ކުރެވޭ ކުށެއް. ވަރަދަ.

blunderbuss

ބްލަންޑަބަސް. ނ. ގިނަ ރޭޒާފުއްތަކެއް ވަޒަނުގެ ގޮތުގައި ފޮނުވާ އިހުގައި ގެންގުޅުނު ބަޑިއެއް.

blunt

ބްލަންޓް. ނއ. 1. މިޔަ ނުވަތަ ކަށި ތޫނު ނޫން. ކޮށި. 2. ވާހަކަ ދެއްކުމުގައި ސާދާކޮށް ސީދާކޮށް މ. blunt refusal ސާފުކޮށް ސީދާކޮށް ކުރާ އިންކާރު. —ކ. ކޮށިވުން ނުވަތަ ކޮށިކުރުން. —ކއ. bluntly. bluntness.

blur

ބްލަރ. ނ. 1. ސާފުކޮށް ނުފެންނަ ނުވަތަ ދޭހަނުވާ ނުވަތަ ހަނދާންނުވާ އެއްޗެއް. 2. އޭގެ ސިފަ ބައްޓަން ސާފުނޫން އެއްޗެއް. —ކ. (blurred, blurring) މީހަކަށް އެއްޗެއް ސާފުނުވާގޮތް ހެދުން ނުވަތަ މިގޮތް ވުން.

blurb

ބްލާބް. ނ. ފޮތެއް ފަދަ އެއްޗެއްގެ ބޭރުގަނޑުގައި، ނުވަތަ ފިލްމަކާ ބެހޭ ގޮތުން އެ ލިޔުނު ފަރާތުން ނުވަތަ އުފެއްދި ފަރާތުން މީހުން އެ ގަތުމަށް ހިތްޖެއްސުމަށް ލިޔާ ބަޔާނެއް.

blurt

ބްލާރޓް. ކ. ކުއްލިގޮތަކަށް ނުވަތަ ބޭއަދަބީ ގޮތަކަށް ބުނުން. މ. blurted it out.

blush

ބްލަޝް. ކ. ލަދުގަތުމުގެ ސަބަބުން މޫނު ރަތްވުން. —މިގޮތަށް މޫނު ރަތްވާ ރަތްވުން. blusher މޫނަށް ރަތްކަން ރީއްޗަކަށް ގެންނަން ހާކާ ކުޑިއެއް ނުވަތަ ކްރީމެއް.

bluster

ބްލަސްޓަރ. ކ. 1. ވަރަށް ގަދައަށް ވައިޖެހުން. ކުއްލިކުއްލިއަށް ގަދައަށް ވައިރޯޅި އައުން. 2. ބިރު ދައްކާގޮތަށް ދެކޮޅުވެރިކޮށް ވާހަކަ ދެއްކުން. —ނ. މިބާވަތުގެ ވާހަކަ. ކއ. blustery.

bo

ބޯ. ކުއްލިއަކަށް ބުނާ ލަފުޒެއް. މީހުން ސިއްސުވައިލާން ބުނާ ބަހެއް.

BO

ބީއޯ. ކުރުކޮށް ނުރަސްމީ ބަހުރުވައިން. ގައިން ދުވާ ވަސް body odour.

boa

ބޯއާ. ނ. ދެކުނު އެމެރިކާގައި އުޅޭ ވިހަ ނޫން ހަރުފައެއް. މި ހަރުފަ ޝިކާރަކުރަނީ އެ އެތި އެހެން ޖަނަވާރުގައި ވަށައިގެން އޮޅިގަނެގެންނެވެ. boa constrictor ބްރޭޒިލްގައި އުޅޭ މިހަރުފަ އާ ވައްތަރުގެ ހަރުފައެއް.

boar

ބޯ. ބޯއަރ. ނ. 1. ފިރިހެން ވަލު އޫރު. 2. ހުންސާނުކޮށްވާ ފިރިހެން އޫރު.

board

ބޯޑް. ނ. 1. ދިގު ދުނި ތާން ލަކުޑި ކޮޅެއް. މަޅެއް. މަޅުގަނޑެއް. ފިލާ. ފިލާގަނޑެއް. 2. މި ސިފަ ހުރި ލަކުޑި ނޫން އެއްޗެއް. މ. ރާޒުވާ ގޮނޑި. ބްލެކްބޯޑް. ޑައިވިންގ ބޯޑް. 3. ފޮތުގެ ބަނޑޭރިގަނޑު ހަދަން ބޭނުންކުރާ ބޯ ކަރުދާހެއް. 4. އަގު ދައްކައިގެން ނުވަތަ އެހެން ޚިދުމަތެއް ދީގެން، ލިބޭ ދުވާލުގެ ކޮއްތު. 5. ކޮމިޓީއެއް. މ. ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑް. ވަކި ސަރަޙައްދެއްގެ އިދާރާއެއްގެ މެންބަރުންގެ ބޯޑް. —ކ. 1. ފިލާޖަހައިގެން ފޮރުވުން ނުވަތަ ރައްކާތެރިކުރުން. 2. އޮޑިއެއް މަތިންދާބޯޓެއް ފަދަ އެއްޗަކަށް އެރުން. 3. ކެއުމާއި ހުރުން ދިނުން ނުވަތަ ލިބިގަތުން. board up ފިލާޖަހައި ބަންދުކުރުން. go by the board އެއްވެސް ގޮތަކަށް އަޅައިނުލުން، ނުވަތަ އިންކާރުކުރުން. on board މަތިންދާބޯޓެއް ނުވަތަ އެހެން އުޅަނދެއްގައި.

boarder

ބޯޑަރ. ނ. ހުރުމާއި ކޮއްތު ހަމަޖައްސައިދޭ ތަނަކު ހުންނަ މީހެއް. 2. ކެއުމާއި ހުރުން ހަމަޖައްސައިދޭ މަދަރުސާއެއްގައި ދިރިއުޅޭ ދަރިވަރެއް.

boarding

ބޯޑިން. ނ. 1. މަޅު. ފިލާ. 2. މި ތަކެތި ހަދާ ލަކުޑި. މަޅުން ހަދައިފައިވާ ހުންނަ އެއްޗެއް. ތަނެއްގައި ޖަހާފައިވާ ފިލާ.

boarding-house

ބޯޑިން ހައުސް. ނ. ފައިސާ ދިނުމުން ހުރުމާއި ކެއުން ހަމަޖައްސައިދޭ ގެއެއް.

boarding-school

ބޯޑިން ސްކޫލް. ނ. ދަރިވަރުންނަށް ހުރުމާއި ކެއުން ތަނުގެ ތެރެއިން ހަމަޖައްސައިދޭ މަދަރުސާއެއް.

boardroom

ބޯޑްރޫމް. ނ. ކުންފުންޏެއްގެ ޑިރެކްޓަރުން ރަސްމީގޮތުން ބައްދަލުކުރާ ކޮޓަރި.

boast

ބޮއުސްޓް. ބޯސްޓް. ކ. 1. މިލްކުކުރާ ތަކެއްޗާއި އަމިއްލަ ކާމިޔާބުތަކާ މެދު އުފާވެރިކަމާއެކު ވާހަކަ ދެއްކުން. ފޮނިކެޑުން. 2. ފަޚުރުވެރިވާ އެއްޗެއްގެ ގޮތުގައި މިލްކުކުރުން. މ. the island boasts of a fine park ރީތި ޕާކް އާ މެދު ރަށް ފޮނިވެއެވެ. —ނ. ފޮނިކެނޑުމުގެ ޢިބާރާތެއް. 2. މީހަކު ފަޚުރުވެރިވާ އެއްޗެއް. ނ. boaster.

boastful

ބޮއުސްޓްފުލް. ނއ. ގިނައިން ފޮނިކަނޑާ. ކއ. boastfully. ނ. boastfulness.

boat

ބޮއުޓް. ނ. 1. ކަނޑުގައި ދަތުރުކުރާ، ކަނބާ، އިންޖީނުހަރުކުރި، ރިޔާނެގި، ނުވަތަ ފަލިޖަހާ އުޅަނދެއް. ships’ boats ބޮޑެތި ބޯޓުފަހަރުގައި އުފުލާ ލައިފްބޯޓް. 2. ދޯންޏެއްގެ ސިފައަށް ހަދާފައި ހުންނަ ތަށި. މި ބޭނުންކުރަނީ ބައެއް ފަހަރު ސޯސް އެޅުމަށެވެ. boat drill ލައިފްބޯޓު ބޭލުމުގެ ތަމްރީނު. boat-house އުޅަނދު ފަހަރު ބެހެއްޓުމަށް އައްސޭރި ކައިރީގައި ހަދާފައި ހުންނަ ހަރުގެ. boat people ކަނޑު އުޅަނދުގައި ޤައުމަކުން ފިލާ ރެފިޔުޖީން. boat race ފަލިޖެހުމުގެ ރޭހެއް. boat-train އުޅަނދެއް ލަފާ އިރަށް އެއިން ފައިބާ ނުވަތަ އަރާ ފަސިންޖަރުން ގެންދަން ވަކި ގަނޑިއަކަށް އަންނަ ރޭލު. in the same boat އެއް ދަތިތަކެއް ތަޙައްމަލް ކުރަމުންދާ.

boater

ބޮއުޓަރ. ބޯޓަރ. ނ. ހުއިން ވިޔެފައި ހުންނަ ހަރު ތޮތްޕެއް.

boating

ބޮއުޓިން. ބޯޓިން. ނ. ފަލިޖަހާ އުޅަނދެއްގައި އުފަލަކަށް ދުއްވާލަން ދިއުން.

boatman

ބޮއުޓްމަން. ބޯޓްމަން. ނ. އޮޑިދޯނި، ބޯޓު ފަހަރު ކުއްޔަށްދޫކޮށް، ފަލިޖަހައި، ރިޔާނަގައިގެން ދުއްވާ ހަދާ މީހެއް.

boatswain

ބޯސަން. ނ. އާގުބޯޓު ފަހަރުގައި، ނުވަތަ އޮޑީގައި ބޮއްކުރައާއި ރިޔަލާއި ވަލާއި ނަގިއްޔާއި މިފަދަ ތަކެއްޗާ ޙަވާލުވެގެން ހުންނަ މީހާ.

bob

ބޮބް. ކ. (bobbed, bobbing). 1. ވަކި މިސްރާބަކަށް އަވަހަށް ޙަރަކާތްކުރުން. އަވަހަށް މައްޗަށް އަރައި ތިރިވުން (މ. ފެނުގައިވާ އެއްޗެއް). bob up ކުއްލިއަކަށް ހާމަވުން. އަލުން ހަރަކާތްކުރަން ނުވަތަ ފާހަގަވާން ފެށުން. bob a curtsy އަވަހަށް ކާރޓްސީ އެއް ކުރުން (ކޮޅަށް ހުރެ އެއްފައި އަނެއްފައިގެ ކުރިމަތީގައި އަޅައި ކުރީ ފައިގެ ކަކުލު ހުޅުން ގުދުކޮށްލުން) 2. ދޫކޮށް ފައިބާފައި އޮންނަހެން އިސްތަށިގަނޑު ކުރުކޮށްލުން. —ނ. 1. ބޮބް ފަދަ ޙަރަކާތެއް. 2. ކޮނޑުން މައްޗަށް އިސްތަށިގަނޑު ކުރުކޮށްފައި ހުންނަ ސްޓައިލް ނުވަތަ ފޭޑި.

bob

ބޮބް. ނ. bob’s your uncle ނުރަސްމީ ބަހުން ”ކާމިޔާބު ޙާޞިލް ކުރެވިއްޖެއެވެ.“

bob

ބޮބް. ނ. ފަސް ޕެންސް ނުވަތަ އެއް ޝިލިންގ އަށް ކިޔާ ނުރަސްމީ ނަމެއް.

bobbin

ބޮބިން. ނ. މެޝިނެއްގައި ބޭނުންކުރަން ނަރު ނުވަތަ ރޮނދި އޮޅާފައިވާ ލަކުޑި ނުވަތަ އެހެންވެސް އެއްޗަކުން ހަދާފައިވާ ފިރޯށި ފާޑުގެ އެއްޗެއް. ބަރަނިދަނޑި.

bob-sleigh

ބޮބް-ސްލޭ. bob-sledނ. އައިސްގެ މަތީގައި ތޫނު ދެ ތިލަ ބޭނުންކޮށްގެން ރޭސް ޖެހުމަށް ބޭނުންކުރާ ކޮށިގަނޑެއް. ނ. bob-sleighing.

bode

ބޮއުޑް. ބޯޑް. ކ. މުސްތަޤްބަލްގައި ވެދާނެކަމެއްގެ އިޝާރާތަކަށް، ރަމްޒަކަށް ވުން. ވަޢުދުވުން. މ. it boded well for their future އެކަން އެމީހުންގެ މުސްތަޤްބަލް ރަނގަޅުވާނެކަމުގެ ފާލަކަށް ވިއެވެ.

bodice

ބޮޑިސް. ނ. އަންހެނެއްގެ ހެދުމުގެ އުނަގަނޑުން ފެށިގެން މަތީބައި.

bodily

ބޮޑިލީ. ނއ. އިންސާނާގެ ހަށިގަނޑަށް ނުވަތަ ޖިސްމަށް ނިސްބަތްވާ. —ކ. 1. އަޞްލު މީހާ ނުވަތަ ޖިސްމު. 2. އެކުގައި، ބައިބައިނުކޮށް. މ. the jetty was moved bodily 50 yards downstream.

bodkin

ބޮޑްކިން. ނ. ގޯނި ފަހަން ގެންގުޅޭ ފަދަ، ފީތާލައިގެން ވެސް ފެހޭ، ތޫނުކަން ކުޑަ ކައްޓެއް.

body

ބޮޑީ. ނ. 1. ދިރިހުރި ނުވަތަ މަރުވެފައިވާ އިންސާނެއްގެ ނުވަތަ ހައިވާނެއްގެ ކަށިތަކާއި މަސްތައް ހިމެނޭ އޮނިގަނޑު. ހަށިގަނޑު. 2. ޤަބުރެއް ނުވަތަ ޖަނަވާރެއްގެ މަރުވެފައިވާ ހަށިގަނޑު. 3. ބޮލާއި އަތްފައި ފިޔަވައި ހަށިގަނޑުގެ އެހެން ބައި. 4. އެއްޗެއްގެ މައިގަނޑު. މ. ކާރެއްގެ ބޮޑީ (ބޭރު ތޮށިގަނޑު). ހޯލެއްގެ ބޮޑީ (ގޮނޑިތައް ހުންނަ ތަން). ނުރަސްމީ ބަހުރުވައިން މީހެއް. މ. އޭނާއަކީ މަޖާ ބޮޑީއެއް (މީހެއް). 6. ވަކި ބައެއްގެ ގޮތުގައި، މީހުންގެ ޖަމާޢަތެއް ނުވަތަ އެއްޗެތިތަކެއް ނުވަތަ އެހެންވެސް އެއްޗެއް. 7. ޚާއްޞަ ވަކި އެއްޗެއް މ. ޖައްވުގައިވާ އެއްޗެއް، ދުނިޔެ. އިރު. 8. ބޯކަން ހުންނަ ހުރުން ނުވަތަ ވަރުގަދަކަން. މ. މި ފޭރާމުގެ ބޮޑީ ރަނގަޅު. މި ޖޫހުގައި ބޮޑީއެއް ނެތް. body-blow ނ. ކުރިމަތިވި ނޭދެވޭ ގޮތެއް. ކުރިއެރުން ނުލިބި ފަހަތަށް ކަމެއް ސޮއްސައިލުން. body-odour އިންސާނާގެ ހަށިގަނޑުގެ ވަސް، ޚާއްޞަކޮށް ނުބައިވަސް. in a body ހުރިހާ އެއްޗެއް އެކުގައި. keep body and soul together ދިރިހުރުމަށް ކިރިޔާ ވާވަރަށް ކާނާ ފަދަ ތަކެތި ހުރުން.

bodyguard

ބޮޑީގާޑް. ނ. މުހިއްމު މީހެއްގެ ހަށިފާރަވެރިޔާ ނުވަތަ އޭނާއާ އެކު ތަންތަނަށް ގޮސް އުޅޭ މީހާ.

bodywork

ބޮޑީވާރކް. ނ. އެއްގަމު އުޅަނދެއްގެ ތޮށިގަނޑު.

Boer

ބޯއަރ. ނ. ޑަޗް ދަރިކޮޅުގެ ސައުތު އެފްރިކާގެ މީހެއް.

boffin

ބޮފިން. ނ. ނުރަސްމީ ބަހުރުވައިން ޓެކްނިކަލް ހޯދުންތައް ހޯދަން އުޅޭ މީހެއް، އެހެން ކަންކަމަށް ޝައުޤު ކުޑަ މީހެއް.

bog

ބޮގް. ނ. 1. ކުނީގެ ސަބަބުން ނުވަތަ އެހެން ވެސް ސަބަބަކާހެދި، އަބަދު ތެތްކޮށް އަދި ގަނބާގޮތަށް އޮންނަ ބިން. ޗަސްބިން. 2. ނުރަސްމީ ބަހުރުވައިން ފާޚާނާ. —ކ. (bogged, bogging) ޗަސްބިމުގައި ހަރުލުން ނުވަތަ މިގޮތް ހެދުން. ނއ. boggy.

bogey

ބޮއުގީ. ނ. 1. ބަލާ bogy. 2. ގޮލްފު ކުޅުމުގައި ޖަހަން ޖެހޭ ވަރަށް ވުރެ އިތުރަށް އެއް ފަހަރު ޖަހައި ބޯޅަ ވަޅަށްލުން.

boggle

ބޮގްލް. ކ. ޚިޔާލުކޮށްލުމަށް ނުވަތަ ދެނެގަތުމަށް ދަތިވުން. ތެދުކަމަށް ނުވަތަ ވެދާނެކަމެއްކަމަށް ވިސްނުމަށް ޤަބޫލުކުރަން ނުވަތަ ޚިޔާލުކުރަން ދަތިވުން. the mind boggles at that idea އެ ޚިޔާލަށް ސިކުނޑި ޖެހިލުންވެއެވެ.

bogie

ބޯގީ. ނ. ރޭލެއްގެ ކެރިޖެއްގެ ދަށުގައި ފުރޮޅު ހަރުކޮށްފައި ހުންނަ ބައި. މި ބައިގައި ހަތަރު ނުވަތަ ހަ ފުރޮޅު ހުރެދާނެއެވެ. އަދި ގޯޅިއަޅަން ފަސޭހައަށް އެނބުރޭ ގޮތަށް މެދުން ކެރިޖްގައި ހަރުކޮށްފައި ހުރެދާނެއެވެ.

Bogota

ބޮގޮޓާ. ނ. ކޮލަމްބިއާގެ ވެރިކަންކުރާ ސަހަރު.

bogus

ބޮއުގަސް. ނއ. އަޞްލު ނޫން. ނަޤްލީ. ޒާއިފު. ފޭކް.

bogy

ބޮއުގީ. ނ. 1. ނުލަފާ ރޫޙެއް، ޖިންނިއެއް ނުވަތަ އިފުރީތެއް. 2. ބިރުވެރިކަން މެދުވެރިކުރުވާ އެއްޗެއް.

bogyman

ބޮއުގީމޭން. ނ. ކުޑަކުދިން ބިރުގަންނަ، އަނދިރި ތަންތަނުގައި އުޅޭ ނުލަފާ މީހެއް.

Bohemian

ބޮހީމިއަން. ނ. 1. ޗެކޮސްލެވޭކިއާގެ ސަރަޙައްދެއް ކަމުގައިވާ ބޮހީމިއާ އަށް ނިސްބަތްވާ. 2. ޢާއްމުން އުޅޭގޮތާ ތަފާތުކޮށް، މިޔުޒިކާއި އަދަބީ ކަންތައްތައް ފަދަ ކަންކަމަށް ޝުއުޤު ހުންނަ އާދައިގެ ގޮތަށް އުޅޭ މީހެއް.

boil

ބޮއިލް. ނ. ހަމުގެ އަޑިން ދުޅަވެ ދޮސްއަރާފައިވާ ގޮނޑިއެއް. މުލިހި.

boil

ބޮއިލް. ކ. 1. ދިޔައެއް ބޮކިއަރަންދެން ކެއްކުން. ފެނުކެއްކުން 2. ކަންވާރެއްގައި ހުރި ދިޔައެއް ބޮކި އަރަންދެން ކެއްކުން. ދޮވުމަށް ނުވަތަ ކެއުމަށް ނުވަތަ މިފަދަ ބޭނުމަކަށް މިކަން ކުރުން. 3. ކެކޭ ފެންގަނޑެއް ފަދައިން ގަޑުބަޑުކަން އުފެދި އަޑުކިޔުން. ގަދަޔަށް ރުޅިއައުން. —ނ. އެއްޗެއް ކެކޭ ހޫނުމިން. on the boil ކެކެމުން ދަނީ. off the boil ދެންމެއަކު ކެކުނު މިހާރު ނުކެކޭ. boil down އެއްޗެއް ކައްކައިގެން އޭގެ މިންވަރު ކުޑަކުރުން. ނުރަސްމީ ބަހުރުވައިން ޢިބާރާތްތައް މަދުކޮށް ޚުލާޞާކޮށް ބުނުން. boiled sweet ފެނު ކައްކައިގެން ހަދާ މެޓައެއް. boiling hot ނުރަސްމީ ބަހުރުވައިން ވަރަށް ހޫނު. boiling-point ދިޔައެއް ކެކޭ (ގޭހަށް ބަދަލުވާން ފަށާ) ހޫނުމިން. ވަރަށް ޖޯޝް ހުރި ނުވަތަ ނުރައްކާތެރި ޙާލަތެއް. boil over ކެކި ތުނބުން އެރުން. the whole boiling ނުރަސްމީ ބަހުރުވައިން މުޅި އެތި. ހުރިހާ އެއްޗެއް.

boiler

ބޮއިލަރ. ނ. 1. ފެން ހޫނުކުރާ ކަންވާރެއް. 2. އެކި ކަންކަމަށް ހޫނުފެން އުފައްދައި ބަހައްޓާފައި ހުންނަ ޓޭންކެއް. 3. ދޮންނަންޖެހޭ އެއްޗެތި ދޮވުމަށް ފަސޭހައަކަށް ފެންހޫނުކުރާ ތައްޓެއް. 4. ފިހެން ކަމުދާ ވަރަށް ވުރެ މަސްހަރު، ނަމަވެސް ފެނުކައްކައިގެން ކާން ރަނގަޅު ކުކުޅު. boiler suit ގަދަ މަސައްކަތް ކުރުމަށް ފަޓުލޫނާއި ގަމީހާ އެއްކޮށް ފަހާފައި ހުންނަ މަސައްކަތު ހެދުމެއް.

boisterous

ބޮއިސްޓްރަސް. ނއ. 1. ވައިގަދަ. މ. boisterous weather. 2. އަޑުގަދަވެފައި މަޖާވެފައި. މ. ކުޑަކުދީން. ކއ. boisterously.

bold

ބޮއުލްޑް. ނއ. 1. ނުރައްކަލަށް ބިރު ނުގަންނަ. ޖެހިލުން ކުޑަ. ކެރޭ. 2. ލަދެއް ގޮތެއް ނެތް. 3. (ކުލަތަކާމެދު) ގަދަވެފައި ފުން. ކއ. boldly. ނ. boldness.

bole

ބޮއުލް. ނ. ގަހުގެ ގޮފި ނުފަޅާ ހުންނަ ބައި. ގަސްކަނދު.

bolero

ބޮލެއިރޯ. ނ. 1. އިސްޕޭނުގެ ޑާންސް އެއް. މިއަށް ހަދާފައި ހުންނަ މިޔުޒިކް. 2. (ބޮލޭރޯ) އަންހެނުންގެ ޖެކެޓެއް. މި ޖެކެޓް އުނަގަނޑަށް ވުރެ ކުރުވެފައި މޭމަތި އޮންނާނީ ހާކޮށެވެ.

Bolivia

ބޮލިވިއާ. ނ. ދެކުނު އެމެރިކާގެ ޤައުމެއް. ނއ. ނ. Bolivian.

bollard

ބޮލާޑް. ނ. 1. ނައުފަހަރުގެ ވައު އައްސަން އެއްގަމުގައި ހަދާފައި ހުންނަ މުޑިބުރި. މޫޓު. 2. ހިސާބުގަނޑަކަށް ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޮތަށް ބިމަށް ޖަހާފައި ހުންނަ މުޑިބުރި.

boloney

ބޮލޮނީ. ނ. ބަލާ baloney.

Bolshie

ބޮލްޝީ. ނއ. ޤާނޫނަށް ތަބާ ނުވާ. އަމުރުވެރި ފަރާތްތަކަށް ކިޔަމަން ނޫން. The Bolsheviks ސޮއުޝަލިޒަމްގެ ހަރުކަށި ބާވަތަކަށް ތާއީދުކުރާ ރަޝިޔާގެ ޕާޓީއެއް.

bolster

ބޮލްސްޓަރ. ނ. އެނދުގައި އޮންނަ ދިގު ބާލީހެއް. ކަންނެޔޮ. —ކ. އެއްޗެއް ހިފެހެއްޓުން. ވާގިވެރިވުން. މަތިކުރުން. bolster up confidence އިތުބާރު ގަދަކުރުން.

bolt

ބޮއުލްޓް. ނ. 1. ދޮރެއް ބަންދުކުރުމަށް ޖާގައެއްގައި ދުވާ ދަގަނޑު. ތަންޑު. 2. ރައިފްލް ބަޑިއެއްގެ އުންޑަ ލުމަށް ޖައްސާ ތަންޑެއް. 3. އެއްޗެތި ގުޅުވުމަށް ބޭނުންކުރާ ވަރުގަދަ ކޮޅު ތޫނު ނޫން އިސްކުރެއް. 4. ވިދުވަރު. 5. ފޭރާން/ފޮތި ރޯލެއް. 6. ކެއްކުމުގެ ޢަމަލު. —ކ. 1. ބޯލްޓް ބޭނުންކޮށްގެން އެއްސުން/ހަރުކުރުން. 2. (އަސް) ދުވެ ފިލުން. މަތަނުކުރެވި ބާރަށް ދުވެ ދިއުން. 3. (ގަހާ މެދު) ހެދިގަނެ މައު ނުވަތަ އޮށް އަވަހަށް އެޅުން. 4. އަވަހަށް ކާތަކެތި ދިރުވައިލުން. a bolt from the blue (ހިތްގައިމުނޫން) ކަމެއް ކުއްލިއަކަށް ކުރިމަތިވުން. bolt-hole ފިލޭނެ ޖާގައެއް. bolt upright ވަރަށް ތެދު.

bomb

ބޮމް. ނ. 1. ޖެހިގެން ނުވަތަ ވަކި ވަގުތެއް ވީމާ ގޮވާގޮތަށް، ބަނޑިބޭސް (ގާވާތަކެތި) އަޅައިފައި ހުންނަ ކަންވާރެއް. ބޮން. 2. the bomb ނިޔުކްލިއަރ ބޮން. 3. ނުރަސްމީ ބަހުރުވައިން ގިނަ ފައިސާތަކެއް. —ކ. ބޮން އަޅައި ހަމަލާ ދިނުން. go like a bomb ވަރަށް ކާމިޔާބު.

bombard

ބޮމްބާޑް. ކ. 1. ގިނަ ތަކެތިތަކެއް މ. ބޮޑުބަނޑީގެ އުންޑަ، މިސައިލް ފޮނުވައިގެން ހަމަލާދިނުން. 2. ޒައްރުތަކުގައި ހުންނަ ކުދި ތަކެތި އަމާޒަކާ ދިމާއަށް ވަރަށް ބާރަށް ފޮނުވުން. 3. ޝަކުވާތަކަކާއިގެން ނުވަތަ ސުވާލުތަކަކާއިގެން މީހަކާ ދިމާކޮށްލުން. ނ. bombardment.

bombardier

ބޮމްބަޑިއަރ. ނ. 1. މަތިންދާބޯޓަކުން ބޮން ފޮނުވާ މީހާ. 2. އެއްގަމު ލަޝްކަރެއްގެ ވަޒީފާގައި އުޅޭ އޮފިސަރެއް.

bombastic

ބޮމްބާސްޓިކް. ނއ. ދިގު ޢާއްމު ނޫން ލަފުޒު ބޭނުންކޮށްގެން، އެހެން މީހުންނަށް ތިމާއަށް މާ ކަންތައްތައް އެނގޭކަމަށް ދައްކަން، ވާހަކަ ދައްކާ މީހާ.

Bombay duck

ބޮމްބޭ ޑަކް. ނ. ބޮނޑެއްހެން އަނގައިގެ ތިރީބައި ދިގު މަހެއް.

bomber

ބޮމަރ. ނ. 1. ބޮން އަޅާ މަތިންދާ ބޯޓު. 2. ބޮން އުކާ ނުވަތަ ހަރުކުރާ ހަނގުރާމަވެރިޔާ. bomber jacket ކުރިމަތީގައި ޒިބުލާފައި ހުންނަ ގަމީހުގެ ބޭރުންލާ އަތްދިގު ޖެކެޓެއް.

bombshell

ބޮމްޝެލް. ނ. ބޮޑު ހައިރާންކަމެއް ގެނުވާ އެއްޗެއް ނުވަތަ ހާދިސާއެއް.

bona fide

ބޯނަފައިޑި. ނއ. މަކަރެއް ނެތް. އޮޅުވާލުމެއް ނުވާ. އަޞްލު. ޙަޤީޤީ. މ. ބޮނަފައިޑި ކަސްޓަމަރ އަކީ ފިހާރައަކަށް އެއްޗެއް ގަންނަން ވަދެ އުޅޭ މީހާ؛ އެހެން ބޭނުމެއްގައި މ. ވާރޭވެހޭތީ ވަދެ އުޅޭ މީހެއް ނޫން.

bona fides

ބޯނަފައިޑީޒް. ނއ. ނިޔަތް ތެދުވެރި. އިޚްލާޞްތެރިކަން. he proved his bona fides އޭނާގެ ނިޔަތުގެ ތެދުވެރިކަން އޭނާ ސުބޫތުކުރިއެވެ. މި ޢިބާރާތަކީ bona fide ގެ ޕްލޫރަލް (ގިނަ) ގޮތެއް ނޫނެވެ.

bonanza

ބޮނަންޒާ. ނ. ބޮޑު ތަނަވަސް ކަމެއްގެ ވަސީލަތް. ބޮޑު މަންފާތަކެއް ޙާޞިލްކުރެވޭ ޙާލަތެއް. ރަނގަޅު އެއްޗެތިތަކެއްގެ ބޮޑު މިންވަރެއް.

bon-bon

ބޮން-ބޮން. ނ. ބާވަތެއްގެ މެޓައެއް.

bond

ބޮންޑް. ނ. 1. އައްސައި، ގުޅުވައި ނުވަތަ ހިފަހައްޓާ އެއްޗެއް. މ. ވައު. 2. އެންމެން ގުޅުވައިދޭ ކަމެއް. 3. އެއްބަސްވުމެއް. މި ލިޔެފައިވާ ފަތް. 4. ޔަޤީންކަން ދިނުމުގެ ގޮތުން ބަހައްޓާ ފައިސާ. 5. ސަރުކާރުގެ އިދާރާއަކުން ނުވަތަ ސަރުކާރު ކުންފުންޏަކުން، ފައިސާ މީހެއްގެ އަތުން ދަރަންޏަށް ނަގައި، އެ ފައިސާ އިންޓްރަސްޓް އާ އެކު އަނބުރާ ދައްކާނެކަމަށް ދޭ ފަތެއް ނުވަތަ ލިޔުމެއް. 6. ވަރަށް ފެންވަރު ރަނގަޅު ލިޔާ ކަރުދާސް. —ކ. ގުޅުވުން ނުވަތަ އެކުވުން، ޝުޢޫރުތަކެއްގެ ސަބަބުން ގުޅުން. 2. ކަސްޓަމްސްގެ ގުދަނަށް ލުން. 3. ފައިސާ ބަހައްޓައިގެން އެއްބަސްވުމަކަށް ޢަމަލުކުރާނެ ގޮތް ހެދުން. bonded ނއ. ކަސްޓަމްސް ފަދަ ތަނެއްގެ ބެލުމުގެ ދަށުން ގުދަންކޮށްފައި. bonded whiskey, bonded warehouse. in bond ޑިއުޓީ ދައްކަންދެން ކަސްޓަމްސްގައި ގުދަން ކުރެވިފައިވާ.

bondage

ބޮންޑިޖް. ނ. އެހެން މީހެއްގެ އަޅެއް ނުވަތަ ގައިދީއެއް ކަމުގައި ވުމުގެ ޙާލަތު.

bone

ބޯން. ބޮއުން. ނ. 1. ހަށިގަނޑުގެ ގިޔުގަނޑު ހެދިފައިވާ ހަރު ބައިތަކުގެ ތެރެއިން އެތިކޮޅެއް. ކަށި. 2. ކެއުމަށް ބޭނުންކުރާ މަސް ހުރި ކަށިކޮޅެއް. 3. ކަށި ހެދިފައިވާ އެއްޗެތި. ހަރު މިފަދަ އެއްޗެއް. —ކ. ކަށިފިލުވުން. bone china ކަށީގެ އަޅިންނާއި މަށިން ހަދާ ބޯތަށިފަދަ ތަކެތި. bone-dry ނ. ވަރަށް ބޮޑަށް ހިކިފައިވާ. ތެތް ނޫން. bone idle ވަރަށް ކަންނެތް. bone of contention އަރައިރުމެއްގެ ނުވަތަ ޒުވާބެއްގެ ސަބަބު ނުވަތަ މައުޟޫޢު. bone-shaker ވަރަށް ބޮޑަށް ތެޅޭ ދުއްވާ އެއްޗެއް. feel in one’s bones ހަވަނަ ޙިއްސުން ޔަޤީންވާ. have bones to pick ޒުވާބު ކުރާނެ ނުވަތަ ޝަކުވާކުރާނޭ ސަބަބެއް އޮތް. make no bones about އެއްވެސް އިޢުތިރާޟު ކުރުމެއް ނެތް. ކަމަކާ ތެދުވެރިކޮށް ވާހަކަ ދެއްކުން. to the bone މުޅީން. އެއްކޮށް.

bonehead

ބޮއުންހެޑް. ނ. އަނދޮޅު މީހެއް.

bonemeal

ބޮއުންމީލް. ނ. ކާދުގެ ގޮތުގައި ބޭނުންކުރާ މުގުރި ކަށި.

bonfire

ބޮންފަޔަރ. ނ. ހާމަތާކު ކުނި އަންދަން ނުވަތަ ކޮންމެވެސް ކަމެއް ފާހަގަކުރަން ރޯކުރާ ބޮޑު އަލިފާންގަނޑެއް. Bonfire Night 5 ނޮވެމްބަރުގައި، އިނގިރޭސިވިލާތުގެ ޕާލަމަންޓް އަންދާލަން ރޭވިރޭވުމުގެ ހަނދާނުގައި ބޮންފަޔަރ ރޯކުރުން.

bongo

ބޮންގޮއު. ބޮންގޯ. ނ. އަތުން ޖަހާ ގުޅުވާފައި އޮންނަ ކުޑަ ދެ ބެރު.

bonhomie

ބޮނޮމީ. ނ. އެކުވެރިކަމާއި އުފާވެރިކަން.

bonkers

ބޮންކާރޒް. ނއ. މޮޔަ. ސޭކު

Bonn

ބޮން. ނ. ޖަރުމަނުގެ މުހިއްމު ސަހަރެއް. ވެސްޓް ޖާރމަނީ އޮތް އިރު އެތަނުގެ ވެރިކަންކުރި ސަހަރު ނުވަތަ ސިޓީ.

bonnet

ބޮނިޓް. ނ. 1. ކަންފަތް ފޮރުވޭ، ދަތްދޮޅި ދަށުގައި ނާޅުވާ އައްސާ ތޮތްޕެއް. 2. ސްކޮޓްލަންޑް ބަހުރުވައިގައި ބާވަތެއްގެ ތާކިހަލެއް. 3. ކާރު ފަދަ ތަކެތީގެ އިންޖީނު ފޮރުވަން ޖަހާ ހުޅު ހުންނަ މަތިގަނޑެއް.

bonny

ބޮނީ. ނއ. (bonnier, bonniest) ޞިއްޙަތު ރަނގަޅު ކަމަށް ފެންނަ. އިނގިރޭސި ވިލާތުގެ އުތުރުގެ ހިސާބުތަކުގައި މި ލަފުޒުގެ މާނައަކީ ބަލައިލާން ރީތި، ބުރުސޫރަ ރީތި.

bonsai

ބޮންސައި. ނ. 1. ބާލިދީ ފަދަ އެއްޗެތީގައި މޫ ކަނޑައިގެން ބޮޑެތި ގަސް ކުދިކޮށް ހައްދާ ގޮތެއް. 2. މިގޮތަށް ހައްދާފައިވާ ގަހެއް.

bonus

ބޮއުނަސް. ނ. ޢާއްމުކޮށް ދޭ މުސާރައިގެ އިތުރަށް، މަސައްކަތަށް ރަނގަޅުވީމާ ހަދިޔާއަކަށް ނުވަތަ އިނާމަކަށް ދޭ ފައިސާ.

bon vivant

ބޯން ވީވާން. ނ. މީރު ކެއުންތަކާއި ޝަރާބަށް ހިތްޖެހިފައިވާ ޕާޓީތަކަށް ދާހިތްވާ މީހެއް. [ފަރަންސޭސި ބަހުން މޮޅުކޮށް އުޅޭ އިންސާނެއް]

bon voyage

ބޯން ވާޔާޖް. ނ. ދަތުރެއް ފަށާ މީހަކަށް ހެޔޮ އެދުމުގެ ގޮތުން ބުނާ ފަރަންސޭސި ޢިބާރާތެއް.

bony

ބޮއުނީ. (bonier, boniest). 1. ކައްޓާ ވައްތަރު. 2. ފާހަގަކުރެވޭ ވަރަށް ކަށި ވީތަން ބޭރުން ފެންނަ. ވަރަށް ހިކި. 3. ކަށިން ފުރިފައިވާ. (މ. މަހެއް). ނ. boniness.

boo

ބޫ. ކުއްލިއަކަށް ބުނާ ބަހެއް. 1. ނުރުހުން ހާމަކުރަން އަނގައިން ލައްވާ އަޑެއް. 2. މީހަކު ސިއްސުވާލަން ލައްވާ އަޑެއް. —ކ. ”ބޫ“ މިހެން ގޮވާ ނުރުހުން ހާމަކުރުން.

boob

ބޫބް. ނ. ނުރަސްމީ ބަހުރުވައިން 1. މޮޔަ ވިސްނުން ހުރި މީހެއް. 2. ކުރެވުނު މޮޔަކަމެއް. 3. boobs އަންހެނެއްގެ އުރަމަތި. —ކ. މޮޔަ، ސޭކު ކަމެއް ކުރުން.

booby

ބޫބީ. ނ. ސޭކު މީހެއް. booby prize މުބާރާތަކުން އެންމެ ދަށް މިންވަރު ލިބުނު މީހަކަށް ސަމާސާއަކަށް ދޭ އިނާމު. booby trap ސަމާސާއަކަށް މީހަކަށް ލަނޑެއް ދިނުމަށް ޖަހާ ދަންތުރަ. އަތްލުމުން ނުވަތަ ގުޑުމުން ގޮވާ ގޮތަށް ބޮން ހަރުކޮށްފައިވާ އާދައިގެ ހީނުކުރާ ފަދަ އެއްޗެއް. booby-trap އެއްޗެއްގައި ނުވަތަ ތަނެއްގައި މިފަދަ ބޮމެއް ހަރުކުރުން.

book

ބުކް. ނ. 1. ލިޔެ ނުވަތަ ޗާޕުކޮށްފައި، އެއް ކައިރި އެއްކޮށް ތެރަސްލައި ނުވަތަ ފަހައި ބޭރުގައި ބަނޑޭރިގަނޑެއް ލީ ކަރުދާސް ގަނޑުތަކެއް. ފޮތް. 2. ޗާޕުކޮށްފިނަމަ ފޮތެއް ނުވަތަ ފޮތްތަކެއް ފުރޭފަދަ އަދަބީ މަސައްކަތެއް. 3. ނުރަސްމީ ބަހުރުވައިން މަޖައްލާ. 4. ފޮތެއްގެ ސިފައަށް ހަދައިފައިވާ ޗެކް، ޓިކެޓު، އަލިފާންދަނޑި، އިސްޓޭމްޕް ފަދަ ތަކެތި ހުރި އެއްޗެއް. 5. ލިޔެފައިވާ ދިގު ވާހަކައެއްގައި ބައެއް. 6. އޮޕްރާއެއްގައި ނުވަތަ މިޔުޒިކެއްގައި ދައްކާ ވާހަކަ (ލިޔެފައިވާ ފޮތް). 7. ކިޔާފައިވާ ހަރާދުތަކުގެ ތަފްޞީލީ ރެކޯޑު. make a book ކަމެއް ވެއްޖެނަމަ ނުވަތަ ނުވިނަމަ، އެކި މީހުން ފައިސާ ދޭނެ ކަމަށް ބުނެ ހަރާދުކިޔާފައިވާ މިންވަރުތަކާއި އެމީހުންގެ ނަންތައް ލިޔުން. —ކ. 1. ލިސްޓެއްގައި ނުވަތަ ފޮތެއްގައި ޖެހުން/ލިޔުން. the police booked him for speeding ބާރަށް ދުއްވީތީ ފުލުހުން އޭނާގެ މަޢުލޫމާތު ރެކޯޑުކޮށްފިއެވެ. we booked in at the hotel އެ ހޮޓަލުގެ މެހެމާނުންގެ ގޮތުގައި އަހުރެމެން ރަޖިސްޓަރީ ކޮށްފީމެވެ. 2. ބޭނުންކުރަން އެދި ނޯޓުކުރުން. މ. ތިއޭޓަރެއްގެ ގޮނޑި، ހޮޓަލެއްގެ ކޮޓަރިއެއް. ޓިކެޓް ކުރިން ގަތުން. book club އަގުހެޔޮކޮށް މެންބަރުންނަށް ފޮތް ގަނެވޭ ޖަމާޢަތެއް. book-ends ފޮތްތަކެއް ކޮޅަށް ތަނެއްގައި ބަހައްޓާއިރު ވެއްޓުނަ ނުދިނުމަށް ދެކޮޅުގައި ޖައްސާ ދައްޗެއް ނުވަތަ ބަރެއް. booking-office ޓިކެޓް ވިއްކާ އޮފީހެއް. bring to book މީހަކު އެމީހަކު ކޮށްފައިވާ ކަންތައްތަކަށް ޒިންމާކުރުވުން. by the book ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް. person’s good/bad books. މީހަކު ރުހޭ/ނުރުހޭ throw the book at ބަލާ throw.

bookable

ބުކަބްލް. ނއ. 1. ބުކްކުރެވޭ. ބޭނުން ކުރުމަށް ލިޔުއްވޭ. 2. ކަމުގެ ބާވަތުން ލިޔުއްވޭ. ބުކަބްލް ކުށަކީ އޮފިޝަލް ރެކޯޑެއްގައި ނަން ލިޔެވޭ ފުލުހުންނަށް، ރެފަރީންނަށް ފަދަ މީހުންނަށް ފާހަގަކުރެވޭ ކުށް.

bookcase

ބުކްކެއިސް. ނ. ފޮތް ބަހައްޓަން ހުރަސް ވަތްތަކެއް ހުންނަ ފަރުނީޗަރެއް.

bookie

ބުކި. ނ. ނުރަސްމީ ބަހުރުވައިން bookmaker.

bookish

ބުކިޝް. ނއ. ފޮތް ކިޔާހިތްވާ.

bookkeeping

ބުކްކީޕިން. ނ. ވިޔަފާރީގެ ޚަރަދުބަރަދު ބެލެހެއްޓުން.

booklet

ބުކްލަޓް. ނ. ތުނި ކުޑަ ފޮތެއް.

bookmaker

ބުކްމެއިކަރ. ނ. ހަރާދުކިޔައިގެން ޖުވާކުޅޭއިރު، އެކަމުގެ ލިޔެކިޔުން ބަލަހައްޓާ މީހާ.

bookmark

ބުކްމާކް. ނ. 1. ފޮތުގެ ވަކި ގަނޑެއް ފާހަގަކުރަން ލާ ފީތާފަށެއް ފަދަ އެއްޗެއް. ފޮތް ފާހަގަ. 2. ވަކި ވެބްޕޭޖް އެއް ފާހަގަކުރަން އެ ޕޭޖްގެ ރައްކާކުރާ އެޑްރެސް. —ކ. މިކަންކަން ކުރުން.

bookseller

ބުކްސެލަރ. ނ. އެމީހެއްގެ މައިގަނޑު ވަޒީފާއަކީ ފޮތް ވިއްކުން ކަމަށް ވާ މީހެއް.

bookshop

ބުކްޝޮޕް. ނ. ޢާއްމުކޮށް ފޮތް ވިއްކާ ފިހާރައެއް.

bookstall

ބުކްސްޓޯލް. ނ. ފޮތް ނުވަތަ ނޫސް މަޖައްލާ ވިއްކާ ކުޑަ ފިހާރައެއް.

bookworm

ބުކްވާރމް. ނ. 1. ފޮތުގެ ގަނޑުތައް ކައިއުޅޭ ފަންޏެއް. 2. ފޮތް ކިޔުމަށް ވަރަށް ޝައުޤުހުންނަ މީހެއް.

boom

ބޫމް. ކ. 1. ބުން އަޑެއް ލެއްވުން. 2. ތަނަވަސްކަމުގެ ދުވަސްވަރެއް ނުވަތަ އިޤްތިޞާދު ރަނގަޅު ދުވަސްވަރެއް އައުން. —ނ. ބުން އަޑެއް. 2. އިޤްތިޞާދު ހެޔޮ، ތަނަވަސް، އަޚްލާޤް ރަނގަޅު ދުވަސްވަރެއް.

boom

ބޫމް. ނ. 1. ނައުތަކުގައި ދަމާ ބައެއް ރިޔަލުގެ ތިރީގައި އެ ދަމާފައި ބެހެއްޓުމަށް ބޭނުންކުރާ ރަހައަށް ހުންނަ ފަރުމާނު. 2. ނެރެއްގެ އަނގަމަތީގައި ނެރު ބެއްދުމަށް ބޭނުންކުރާ ބޮޑު ހިލިހިލާ ނުވަތަ ބެރި. 3. މައިކްރޮފޯނު ފަދަ ތަކެތި ހަރުކުރާ ދިގު ދަނޑި.

boomerang

ބޫމަރޭން. ނ. 1. އޮސްޓްރޭލިއާގެ އަހުރުވެރި މީހުން އުކަން ބޭނުންކޮށް އުޅުނު ބަޅު ދަނޑިބުރިއެއް. މި ދަނޑިބުރި އެއްޗެއްގައި ނުޖެހޭނަމަ އެއްލި މީހާއާ ދިމާއަށް އެނބުރި އައުދެއެވެ. 2. ކަން ކުރި މީހާއަށް ހީނުކުރާ ގޮތަށް ގެއްލުން ލިބޭ ކަމެއް. —ކ. ބޫމަރޭން ފަދައިން އެނބުރި އަންނަ.

boon

ބޫން. ނ. މަންފާއެއް. އުފަކާރައެއް.

boon

ބޫން. ނއ. boon companion މީހެއްގެ އެންމެ ގާތް އެކުވެރިޔާ.

boor

ބުއަރ. ބޯ. ނ. އެހެން މީހުންގެ އިޙްސާސްތަކަށް ނުވިސްނާ ބަދްއަޚްލާޤީ މީހެއް. ނއ. boorish. ކއ. boorishly. ނ. boorishness.

boost

ބޫސްޓް. ކ. 1. މައްޗަށް ކޮއްޕުން. 2. އެއްޗެއްގެ ގަދަކަން، އަގު، އަސަރު، ޤަދަރު ފަދަކަމެއް މަތިކުރުން. އެއްޗެއް މީހުން ބަލައިގަންނަގޮތް ހެދުން. ވަޒީފާ ފަދަ ކަމެއް އުފުލުން. —ނ. 1. މައްޗަށް ކޮއްޕާ ކޮއްޕުމެއް. 2. މަތިވުމެއް. ނ. booster.

boot

ބޫޓް. ނ. 1. ތަނބިކައްޓާއި ފައިގެ މަތި ނިވާވާ ފައިވާނެއް. ބޫޓު. 2. ކާރެއްގެ ދަތުރުފޮށި ބަހައްޓާ ޖާގަ. 3. the boot ނުރަސްމީ ބަހުރުވައިން ވަޒީފާއިން ވަކިކުރުން. —ކ. ފައިން ޖެހުން. boot-faced މޫނުމަތިން އެއްވެސް އަސަރެއް ނުފެންނަ. put the boot in އަނިޔާވެރިކަމާއެކު ފައިން ޖެހުން. the boot is on the other foot/leg ޙާލަތު މުޅިން ބަދަލުވެފައިވުން. އިދިގޮތް ތެދަށްވުން.

bootee

ބޫޓީ. ނ. ވަރަށް ތުއްތުކުދިންނަށް ވިޔެގެން ހަދައިފައި ހުންނަ ބޫޓު.

booth

ބޫތް. (ތ ކިޔާނީ ފިއްތިއަޑެއްގެ ގޮތުގައި). ނ. 1. މާރުކޭޓެއްގައި ނުވަތަ ވިޔަފާރިއެއް މައުރަޒުކުރަން ބާއްވާ ޖާގައެއްގައި ވަގުތީ ގޮތުން ހަދާ ހިޔާވައްސެއް ނުވަތަ ތިން ބިތް ހުންނަ ކޮޓަރިއެއް. 2. ޢާއްމުން ބޭނުންކުރާ ފޯނު ބަހައްޓާފައި ހުންނަ ހިޔާކުރި ޖާގައެއް. ބޮޑު ކޮޓަރިއެއްގައި ހުންނަ ކުޑަ ފޮށިގަނޑެއް މ. ވޯޓުލާ ބޫތް.

bootleg

ބޫޓްލެގް. (bootlegged, bootlegging) ނ. 1. ބަނގުރާ ވަގަށް ރަށަކަށް އެތެރެކުރުން ނުވަތަ ބޭރުކުރުން. 2. އެއްޗެއް ޤާނޫނާ ޚިލާފަށް އުފައްދައި ވިއްކުން. —ނއ. ގަވާއިދާ ޚިލާފަށް އެތެރެ ނުވަތަ ބޭރުކޮށް ވަގަށް ވިއްކާ. ނ. bootlegger.

booty

ބޫޓީ. ނ. ތަނެއް ލޫޓުވާލައިގެން ހޯދާތަކެތި. ޣަނީމާ.

booze

ބޫޒް. ކ. ނުރަސްމީ ބަހުރުވައިން ބަނގުރާ ބުޔުން، ޚާއްޞަކޮށް ގިނައިން. —ނ. ނުރަސްމީ ބަހުރުވައިން 1. ބަނގުރާ. 2. ރާބުޔުމުގެ އެއްވުމެއް. on the booze ރާ ބުޔުމުގެ ޢަމަލުގައި. ނއ. boozy.

boozer

ބޫޒަރ. ނ. ނުރަސްމީ ބަހުރުވައިން 1. ރާ ގިނައިން ބޯ މީހެއް. 2. ރާ ވިއްކާ ބޮއިހަދާ ފިހާރައެއް.

boracic

ބޮރެސިކް. ނ. ބަލާ boric.

borage

ބޮރިޖް. ނ. ނޫ މައު އަޅާ، ކެހެރި ފަތެއް ހުންނަ، ސަޓަނި ހަދަން ބޭނުންކުރާ ފަތެއް.

borax

ބޯރެކްސް. ނ. ބިއްލޫރިއާއި ސާފުކުރާ ތަކެތި ހެދުމަށް ބޭނުންކުރާ ހުދު ކުނޑިއެއް. ތިންކާރު.

Bordeaux

ބޯޑޯ. ނ. ފަރަންސޭސި ވިލާތުގެ މި ނަންކިޔާ ސަރަޙައްދުގައި އުފައްދާ ރަތް ނުވަތަ މަޑު ރީނދޫ ކުލައިގެ ބަނގު ރަލެއް.

border

ބޯޑަރ. ނ. 1. އެއްޗެއްގެ އަރިމަތި ނުވަތަ އިން. އިމާ ގާތުގައިވާ ތަން. ހުދޫދު. ޚާޝިޔާ. 2. ދެ ޤައުމެއް ފާހަގަ ކުރާ އިން. އެ ހިސާބުގަޑު. 3. ފަސްބައި ފަދަ އެއްޗެތީގެ އަރިމަތި. 4. ބަގީޗާއެއްގެ އިން ފާހަގަކުރަން ހައްދާފައި ހުންނަ ގަސް. —ކ. އެއްޗެއްގެ އިމަކަށްވުން ނުވަތަ އަރިމަތި ހެދުން. border on ޖެހިގެން ވުން، ގާތުގައިވުން. it borders on the absurd. border print އަރިމަތީގައި ވަކިގޮތަކަށް ކުރެހުން އެޅި ފޮތި. Borders ސްކޮޓްލަންޑް ގެ ސަރަޙައްދެއް.

borderland

ބޯޑަރލަންޑް. ނ. ޤައުމެއްގެ ނުވަތަ ރަށެއްގެ އިމުގެ ކައިރީގައިވާ ސަރަޙައްދު.

borderline

ބޯޑަރލައިން. ނ. އިން ފާހަގަ ކުރާ ރޮނގު. —ނއ. ގިންތިތަކެއްގެ ދެމެދުގައިވުން. މ. ބޯޑަރލައިން ޕާސް އަކީ ފޭލިވުމާ ގާތް ދަށް މާކުހަކުން ކިރިޔާ ފާސްވުމެވެ.

bore

ބޯރ. ނ. ބަލައި bear ގެ ދެވަނަ މާނަ.

bore

ބޯރ. ކ. 1. ލޯވަޅު ތޮރުފުން. މެޝިނެއް ފަދަ އެއްޗަކުން ބިންގަނޑު ތޮރުފުން. 2. މިގޮތުގެ މަތިން ފޫދުއްވާލުން ނުވަތަ އަޑިއަށް ދިއުން. bore one’s way ކޮއްޕަމުން ބައިގަނޑެއްގެ ތެރެއަށް ވަނުން. —ނ. 1. ބަޑިއެއްގެ ވަޒަން ނުކުންނަ ހޮޅި. އިންޖީނުގެ ޕިސްޓަން ހިނގާ ހޮޅި. މީގެ ދިގުހުރަސްމިން. 2. ތޮރުފައިވާ ލޯވަޅެއް.

bore

ބޯރ. ކ. 1. ގަޔާނުވާ ގޮތަށް އުޅެ ނުވަތަ ވާހަކަދައްކައިގެން މީހަކު ޝައުޤު ކެނޑި ވަރުބަލިވާގޮތް ހެދުން. 2. ފޫހިވުން ނުވަތަ ފޫހިކުރުވުން. —ނ. ފޫހި މީހެއް. ނ. boredom. ކއ. boring.

bore

ބޯރ. ނ. ކަނޑުން ބައެއް ކޯރުތަކަށް ވަންނަ ރާޅެއް. މިއީ ދިޔަވަރު ބޮޑުވާތީ އަންނަ ރާޅެކެވެ. ރާޅުގެ ކުރި ހުންނާނީ ސީދާ ގުންޑޮޅިއެއްހެން ރަހައަށެވެ.

boric

ބޯރިކް. ނއ. ބޯރޯން އަށް ނިސްބަތްވާ. boric acid ޖަރާސީމު މަރަށް ގެންގުޅޭ ބޯރޯން ހުންނަ ހުތެއް.

born

ބޯން. be born ވިހައި އުފެދިގެން އައުން. އުފަންވުން. born to suffer އުފެދުނު ގޮތުގެ ސަބަބުން މުޞީބާތްތައް ދިމާވާ. their courage was born of despair މާޔޫސްކަމުން އުފެދިގެން އަންނަ ކެރުން. —ނއ. 1. ޚާއްޞަ މަޤާމެއް ނުވަތަ ތަނެއް ނުވަތަ ހަމައެއް ލިބިގެން ވުން. first born އެންމެ ދޮށީ. well-born ރަނގަޅު އާއިލާއަކަށް އުފަންވެފައި French-bornފަރަންސޭސި ވިލާތަށް އުފަން. 2. ޚާއްޞަ ސިފައެއް ހުނަރެއް ޤުދްރަތީގޮތުން ލިބިގެންވުން. މ. a born leader އުފަންވުމުގައި ވެސް ކަންކަންކުރުމަށް އިސް ނަގާ މީހެއް. in all one’s born days ނުރަސްމީ ބަހުރުވައިން މުޅި ޢުމުރުގައި. not born yesterday ދުނިޔޭގެ ސުންނަތްތަކަށް ފާގަތިވެފައިވާތީ ލަނޑެއް ދޭން ނުވަތަ މަކަރެއް ހަދަން އުނދަގޫ.

borne

ބޯން. 1. (ބަލާ bornގެ ދެވަނަ މާނަ ލަފުޒުގެ past participle.) މި ލަފުޒު ބޭނުންކުރަނީ ކަމެއްގެ ގޮތުގައި by ގެ ކުރިން ނުވަތަ have, has, had މި ލަފުޒުތަކުގެ ފަހުން. މ. children borne by Eve. She had borne him a son ނަމަވެސް a son was born. 2. އެއްޗަކުން އުފުލާ ނުވަތަ ގެންދާ. މ. air-borne diseases

boron

ބޯރޯން. ނ. ކެމިކަލް އުންސުރެއް. މި ބޭނުންކުރަނީ ނިޔުކްލިއަރ ރިއެކްޓަރާއި ތިލޭރުކަމުގައެވެ. މިއީ ފަސޭހައިން ރޯވިޔަ ނުދިނުމަށް ބޭނުންކުރާ އުންސުރެއް މެއެވެ.

borough

ބަރޯ. ނ. 1. (އިހުގެ މާނަ) މިނިވަންކަމުގެ މިންވަރުތަކެއް ވެރިކަމުގެ ފަރާތުން ނުވަތަ ޤާނޫނަކުން ދީފައިވާ ސިޓީ އެއް ފަދަ ސަރަޙައްދެއް. 2. ލަންޑަންގެ އިދާރީ ދާއިރާއެއް.

borrow

ބަރޯ. ކ. 1. އަނބުރާ ދޭގޮތަށް، އެއްޗެއް ބޭނުންކޮށްލުމަށް ލިބިގަތުން. 2. އީޖާދުނުކޮށް ވަކި ބައެއްގެ އުފެއްދުމެއް ބޭނުންކުރުން. borrow their methods އެމީހުން ކަންކުރި ގޮތަށް ކަންކުރުން. ނ. borrower. borrowed time ބައްޔެއްގެ ސަބަބުން މަރުވާންވެފައިވާ މީހަކަށް ދުނިޔޭގައި އުޅެން ލިބޭ ދުވަސްކޮޅު.

Borstal

ބޯސްޓަލް. ނ. ކުޑަކުދީން ބަސްނޭހީމާ ފޮނުވާ މަރުކަޒެއް. އިޞްލާޙިއްޔާ.

borzoi

ބޯޒޮއި. ނ. ކެހެރި އޮމާން ކުއްތާގެ ބޮޑު ވައްތަރެއް.

bosh

ބޮޝް. ނ. ތާކުން ތާކު ނުޖެހޭ ސޭކު ވާހަކަ.

bo’s’n

ބޯސަން. ނ. ކުރުކޮށް boatswain.

bosom

ބޮސޮމް. ނ. 1. މީހެއްގެ އުރަމަތި. 2. ހެދުމެއްގެ މިބައި ފޮރުވާ ބައި. 2. އެއްޗެއްގެ މެދު ނުވަތަ އެންމެ އެތެރެ. returned to the bosom of his family ލޮބުވެތި އާއިލާއެއްގެ ތެރެއަށް އައުން.bosom friend ވަރަށް ލޮބުވެތި ގާތް ރައްޓެއްސެއް.

bosomy

ބޮސޮމީ. ނއ. (އަންހެނުންނާ މެދު) އުރަމަތި ބޮޑު.

boss

ބޮސް. ނ. ނުރަސްމީ ބަހުރުވައިން މަސައްކަތު މީހުން ކޮންޓްރޯލްކޮށް އެމީހުންނަށް އަމުރުކުރާ މީހާ. —ކ. ބޮސް އަކަށް ވުން. boss someone around މީހަކަށް އަމުރުކޮށްގެން ކަންކަން ކުރުވުން.

boss

ބޮސް. ނ. 1. ތަނެއްގައި ހަރުކޮށްފައިވާ އުފުލިފައިވާ ވަށް ގޮބެއް. 2. ބޯލްޓެއް ޖަހާ ތަނެއް. އެއްސުމެއް އައްސާ ލޯވަޅެއް. އިންޖީނެއް ފަދަ އެއްޗެއްގެ އެއް އެތި އަނެއް އެއްޗާ ޖެހޭއިރު، ވަކި ތަނެއްގައި އެ އެއްޗެއް ހުރުމަށް ނެރެފައިވާ ތަންކޮޅެއް.

boss

ބޮސް. ނ. ނުރަސްމީ ބަހުރުވައިން ކަމެއް ގޯހަށް ކުރެވުނު ކުރެވުން. އޮޅުމެއް. boss shot އަމާޒަށް ސީދާނުވާ ބަޑިޖެހުމެއް. ނުބައި އަންދާޒާއެއް. ކާމިޔާބު ނޫން ކުރި ހިތްވަރެއް.

boss-eyed

ބޮސް-އައިޑް. ނއ. 1. އެއްލޯ ކަނު. އަވަރު. 2. ގުދު.

bossy

ބޮސީ. ނއ. (bossier, bossiest) މީހުންނަށް އަމުރުކުރާހިތްވާ. އަބަދުހެން މީހުންނަށް އަމުރުކުރާ. ކއ. bossily. ނ. bossiness.

bo’sun

ބޯސަން. ބަލާ boatswain.

botanical

ބޮޓެނިކަލް. ނއ. ބޮޓަނީ އަށް ނިސްބަތްވާ. botanical gardens ޢިލްމީ ތަޙްޤީޤުތަކަށް ގަސް ހައްދާ ސަރަޙައްދެއް.

botany

ބޮޓެނީ. ނ. ގަސްތަކާ ބެހޭ ޢިލްމު. botanist މި ދާއިރާގެ ޢިލްމުވެރިއެއް.

Botany wool

ބޮޓެނީ ވޫލް. ނ. އޮސްޓްރޭލިއާގެ ކަންބަޅީގެ ކެހެރި.

botch

ބޮޗް. ކ. އެއްޗެއް ނުވަތަ ކަމެއް ހުނަރުވެރިކަން ނެތި އެކަމެއް ކުރަން އުޅުމުން ހަލާކުވުން ނުވަތަ ހަޑިވުން. —ނ. މިގޮތަށް ހަޑިވެފައިވާ މަސައްކަތެއް.

both

ބޯތް. ބޮއުތް. (ތ ކިޔާނީ ފިއްތި އަޑެއްގެ ގޮތުގައި). ނއ. ކއ. ދެ އެއްޗަށް ނުވަތަ ކަމަށް ނިސްބަތްވާ. އެކައްޗެއް ނޫން.

bother

ބޮދަރ. ބޯދަރ. ކ. 1. އުނދަގޫކުރުން، ޖެއްސުން ކުރުން، ފިކުރުބޮޑުކުރުވުން. ރުޅިއެރުވުން. 2. އުނދަގޫވުން. ސަމާލުކަން ދެވި ފިކުރުކުރެވޭ ގޮތް ވުން. 3. ކަމެއް ކުރުމަށް މަސައްކަތެއް ކުރުން. ތަކުލީފެއް އުފުލުން. —bother ނ. 1. ނުތަނަވަސްކަން. 2. ކުޑަކޮށް ވާ އުނދަގޫ. މިކަންކުރުވާ ސަބަބު ނުވަތަ ކަން. ތަކުލީފު.

botheration

ބޮދަރެއިޝަން. ނ. ކުއްލިއަކަށް ބުނާ ލަފުޒެއް. ނ. bother. ޒަޙްމަތު.

bothersome

ބޮދަރސަމް. ނއ. bother ގެނުވާ.

Botswana

ބޮޓްސްވާނާ. ނ. ދެކުނު އެފްރިކާގެ އުތުރުގައިވާ ޤައުމެއް.

bottle

ބޮޓްލް. ނ. 1. ދިޔާ އެއްޗެތި އަޅާ ދިގުކޮށް ހުންނަ ކަންވާރެއް. ފުޅި. 2. މީގައި ހުންނަ މިންވަރު. 3. ބުއްފުޅި. 4. ހޫނުފެން އަޅާ ހަން. 5. the bottle ބަނގުރާ. މ. too fond of the bottle ރަލަށް ދެވި ހިފައިފާވާ. 6. ކެރުން. ބަހާދަރު. —ކ. 1. ބެހެއްޓުމަށް، ރައްކާކުރުމަށް ބިއްލޫރި ފުޅިއަށް އެޅުން. 2. ބިއްލޫރި އަނގަމަތި ބޮޑެތި ފުޅީގައި ގިނަ ދުވަހު ހުންނާނޭހެން އެއްޗެއް އަޅައި ބެހެއްޓުން. މ. ޖޭމް. bottle-fed ބުއްފުޅިން ކިރުދީފައިވާ (ގާތުން ނޫންގޮތަށް ކިރުދީގެން ބޮޑުކޮށްފައިވާ މ. ކުއްޖެއް). bottle party އަންނަ ކޮންމެ މީހަކު ރާފުޅިއެއް ގެންނަންޖެހޭ ޕާޓީއެއް.

bottleneck

ބޮޓްލްނެކް. ނ. 1. މަގެއްގައި ދުއްވާ ތަކެތި ފަސޭހައިން ދަތުރުނުކުރެވޭ ހަނި ހިސާބެއް. 2. ކުރިއެރުން ހިފަހައްޓާ ކޮންމެ އެއްޗެއް.

bottom

ބޮޓަމް. ބޯޓަމް. ނ. 1. ކޮންމެ އެއްޗެއްގެ ވެސް އެންމެ ތިރީ ބައި، ބެހެއްޓުމުން އެއްޗެއް ޖެހިފައި ހުންނަ ބައި. ދަށް. ފޫ. bottom of the garden ގޯތީގައި ގެއާ އެންމެ ދުރުގައި ބަގީޗާ ހެދިފައިވާ ހިސާބު. bottom fell out of the market ވިޔަފާރި ވަރަށް ބޮޑަށް ދަށްވުން. 2. ފޫކޮޅު. މީހަކު އިށީންނައިރު ފޫ ޖެހޭ ތަން. 3. ފެންގަނޑެއްގެ އެންމެ އަޑި. ފޫ. 4. އެންމެ ދަށް ގިއަރު. —ނއ. އެއްޗެއްގެ ނުވަތަ ކަމެއްގެ އެންމެ ދަށް، އަޑި، ތިރި، މިންވަރު. —ކ. ފުލުގައި އަތްލުން ނުވަތަ ފުލާހަމައަށް ވާސިލުވުން. at bottom ޙަޤީޤަތުގައި. at the bottom of one’s heart މީހެއްގެ އެންމެ ސިއްރު ޚިޔާލުތަކުގެ ތެރޭގައި. the bottom of ކަމެއްގެ ޙަޤީޤީ ސަބަބަށް ވުން. bottom drawer މީހަކާ އިންނަން އުޅޭ އަންހެނަކު އެއްކުރާ ހެދުމާއި އެހެން ފޭރާމުގެ ތަކެތި. bottom of one’s heart އިޚްލާޞްތެރިކަމާއެކު. ފުން އިޙްސާސްތަކާއެކު. get to the bottom of ކަމެއްގެ ފެށުން ނުވަތަ އަޞްލު ދެނެގަތުން.

bottomless

ބޮޓަމްލަސް. ނއ. ފޫނެތް. ވަރަށް ފުން. a bottomless purse ބޭނުންހާ މިންވަރަކަށް ފައިސާ ލިބޭ.

bottommost

ބޮޓަމްމޯސްޓް. ނއ. އެންމެ ތިރި.

botulism

ބޮޓިއުލިޒަމް. ބޯޓިއުލިޒަމް. ނ. ބާވަތެއްގެ ކާތަކެތި ވިހަވުމެއް.

boucle

ބޫކްލޭ. ނ. 1. ތަންތަން ކޮޅުގައި ބުޅިތަކެއް ހުންނަ އުޔެއް. 2. މިއިން ކުރާ ފޭރާން.

boudoir

ބޫޑްވާ. ނ. އިހުގައި އަންހެނުން ނިދުމަށާއި އެހެންކަންކަމަށް ބޭނުންކުރި ރީތިކޮށް ހަދައިފައި ހުންނަ ކޮޓަރިއެއް.

bougainvillaea

ބޫގަންވިލިއާ. ވަރަށް ކުލަގަދަ މައުތަކެއްހެން ހީވާ ފަތްތަކެއް ހުންނަ ހޫނުތަންތާނގައި ހެދޭ ގަހެއް. ޖުމްހޫރީމައު.

bough

ބައު. ނ. ގަހެއްގެ ބޮޑު ގޮތްޕެއް.

bought

ބޯޓް. ބަލާ buy.

bouillon

ބޫޔާން. ނ. މަހާއި ތަރުކާރީ ފެނުގައި ކައްކައިގެން އުފައްދާ ސާފު ސުރުވާއެއް.

boulder

ބޯލްޑަރ. ނ. އަތްވާއި ވާރޭގެ ސަބަބުން ތޫނު ކަންތައް ވަށްވެފައިވާ ބޮޑު ގަލެއް.

boulevard

ބޫލަވާޑް. ނ. (ބައެއް ފަހަރު ދެ ފަރާތުގައި ގަސް އިންދާފައިވާ) ފުޅާ މަގެއް.

bounce

ބައުންސް. ކ. 1. އެއްޗެއްގައި ޖެހުމުން ފުއްމައިގެން އެނބުރި އައުން. މިގޮތް ހެދުން. ފުމުން. 2. ނުރަސްމީ ބަހުރުވައިން އެކައުންޓްގައި ފައިސާ ނެތުމުން ބޭންކް އިން ޗެކެއް އަނބުރާ ފޮނުވައިލުން. 3. ކުއްލިއަކަށް ފުންމައިގަތުން. ހަލުވިކޮށް އުޅުން. —ކ. 1. ބައުންސްވުމުގެ ޙަރަކާތް. ބޯޅަ ފަދަ ތަކެތީގައި ހުންނަ މި ބާރު. 3. ޙަރަކާތްތެރިކޮށް އުޅޭ އުޅުން.

bouncer

ބައުންސަރ. ނ. 1. ކްރިކެޓްގައި އެއްލާ ބޯޅަ ބިމުގައި ޖެހި ފުމުން. 2. (ނުރަސްމީ ބަހުރުވައިން) ކްލަބް ފަދަ އެއްވުންތަކުގައި، ދުއްތުރާ ކުރާ މީހުން ބޭރަށް ނެރެ ފޮނުވައިލުމަށް ވެރި ފަރާތުން ޢައްޔަނުކޮށްފައިވާ މީހެއް.

bouncing

ބައުންސިން. ނއ. ބޮޑުވެފައި ޞިއްޙަތު ރަނގަޅު (މ. ތުއްތުކުދިން)، ސަކަރާތްގަންނަ.

bouncy

ބައުންސީ. ނ. ބައުންސް ހުރި. ޖެހުމުން ބާރަށް ފުމޭ (މ.ބޯޅަ).

bound

ބައުންޑް. ކ. ހައްދެއް، އިމެއް، ސައިޒެއް ކަނޑައެޅުން. އެއްޗެއްގެ އިންކަމުގައި ވުން.

bound

ބައުންޑް. ކ. ފުމެމުން ދުވުން. ފުއްމައިގަތުން. ފުމުން. —ނ. މިފަދަ ހަރަކާތެއް.

bound

ބައުންޑް. ނއ. ދިމާއަށް (މ. ދަތުރެއްގައި ވަކި މިސްރާބަކަށް). bound for Sri Lanka ސްރީ ލަންކާއަށް (މަންޒިލެއްގެ ގޮތުގައި). northbound traffic އުތުރަށްދާ ޓްރެފިކް.

bound

ބައުންޑް. ބަލާ bind. —ނއ. ހިފެހެއްޓިފައި، ނުވަތަ ބަންދުވެފައި. fog-bound ދުންފިނީގެ ސަބަބުން ކުރިއަށް ނުދެވިފައި. bound to ޔަޤީނުން ވެސް. bound up with ގުޅިފައި، ލާމެހިފައި. I’ll be bound އަހަރެންނަށް ޔަޤީން.

boundary

ބައުންޑަރީ. ނ. އެއްޗެއްގެ ހުދޫދު ނުވަތަ އިން ކަނޑައަޅާ ރޮނގެއް. 2. ކްރިކެޓްގައި ދަނޑުން ބޭރަށް ޖަހާ ބޯޅަ ނުވަތަ މިގޮތަށް ޖަހާ ޖެހުން.

bounden

ބައުންޑަން. ނއ. މަޖޫބުރު، ތިމާގެ މައްޗަށް ލާޒިމް. މ. bounden duty މީހެއްގެ ޒަމީރު އެމީހަކަށް މަޖުބޫރުކުރުވާ މަސްއޫލިއްޔަތު މ. ކުދިން ބެލުން.

bounder

ބައުންޑަރ. ނ. ނުރަސްމީ ބަހުރުވައިން ގޮތެއް ފޮތެއް ނެތް މީހެއް. ޚާއްޞަކޮށް އަންހެނުންނަށް ބޭއިޙްތިރާމާ އެކު މުޢާމަލާތްކުރާ މީހެއް.

boundless

ބައުންޑްލަސް. ނއ. ބައުންޑަރީ އެއް ނުވަތަ އިމެއް ނެތި. ހައްދެއް ނެތް. މިންވަރެއް، ހުދޫދެއް ނެތް.

bounds

ބައުންޑްސް. ނ. ހުދޫދުތައް. އިންތައް. out of bounds މީހަކަށް ވަނުމަށް ހުއްދަދެވިފައިވާ ސަރަޙައްދުން ނުވަތަ އިމުން ބޭރުގައިވާ.

bountiful

ބައުންޓިފުލް. ނއ. 1. ދީލަތި. ކަރީމް. ވާފިރު. 2. ގިނައިން ހުރި. ތިޔާގި. ފާގަތި.

bounty

ބައުންޓި. ނ. 1. ތަކެތި ދިނުމުގައި ވާ ދީލަތިކަން. ފަޟްލްވެރިކަން. 2. ދީލަތިކަމުން ކުރި ބޮޑު ހަދިޔާއެއް. 3. ކަމެއް ކުރުމަށް، ކަމެއްގެ އަގުގެ ގޮތުގައި، ބަދަލެއްގެ ގޮތުގައި ދިން ފައިސާ ނުވަތަ ތަކެތި.

bouquet

ބުކެއި. ބޮކެއި. ނ. 1. އަތުން ހިފޭގޮތަށް އައްސާފައިވާ މައުކޯޅިތަކެއް ނުވަތަ މައުތަކެއް. މާބޮޑިއެއް. ގުލްދަސްތާއެއް. މަލުގެބާޤައެއް. 2. މީހަކު އުފާވާފަދަ ސަނާކިޔުމެއް. 3. ބަނގުރަލުގެ މީރު ވަސް. bouquet garni ބުކެއި ގަރުނި. ކާތަކެތީގައި ރަހަ ލެއްވުމަށް ބޭނުންކުރާ ފަތްތައް އެއްކޮށް ބަނދެގެން ތައްޔާރުކުރާ ކޯޅިއެއް. ރިހަ ނުވަތަ ކައްކާ ސުރުވާއަކަށް މި ލުމަށް ފަހު ކެކުމުން ނަގާނެއެވެ. މިއީ ވަކިވަކި ފަތް އެޅުމުގެ ބަދަލުގައި ކުރާ ކަމެކެވެ.

bourbon

ބާބަން. ނ. 1. ޒުވާރިން އުފައްދާ ވިސްކީ އެއް. 2. ޗޮކޮލެޓްގެ ރަހަ ހުންނަ ބިސްކޯދެއް.

bourgeois

ބޫޜްވާ. ނއ. (ނޭދެވޭ ލަފުޒެއްގެ ގޮތުގައި ބޭނުންކުރާ ބަހެއް) މެދު ފަންތި މީހުންގެ ޚިޔާލުތަކާއި ރަހަތަކާއި ގޮތްތައް ހުންނަ.

bourgeoisie

ބޫޜްވާޒީ. ނ. މެދު ފަންތީގެ މީހުން.

bout

ބައުޓް. ނ. 1. ބޮޑަށް ބަލިވެ އުޅުނު ނުވަތަ ކަސްރަތުކުރަން ނުވަތަ މަސައްކަތްކުރަން އުޅުނު މުއްދަތެއް. 2. ބޮކްސިން މުބާރާތެއް.

boutique

ބޫޓީކް. ނ. ޒަމާނީ ހެދުމާއި ގަހަނާ ފަދަ ތަކެތި ވިއްކާ ކުޑަ ފިހާރައެއް. ނއ. ފެޝަނަބްލް ކުޑަ (ހޮޓަލެއް، މާރުކޭޓެއް).

bovine

ބޮވައިން. ނއ. ނަޢަމް ސޫފިއަށް ނިސްބަތްވާ. ކެޓްލް (މާޝިޔާ) އަށް ނިސްބަތްވާ. 2. ގަމާރު.

bow

ބޯ. ނ. 1. ތީރު ފޮނުވުމަށް ގުދު ދަނޑިއެއްގެ ދެކޮޅު ދެމެދު ވައުކޮޅަކުން ބާރަށް އައްސައިގެން ބޭނުންކުރާ ހަތިޔާރެއް. ދުނި. ދުނިދަނޑި. ކަމާން. 2. އަހުގެ ކެހެރި ދެކޮޅުގައި އައްސައި ބާރުކޮށްގެން ބޭލާ ކުޅެން ގެންގުޅޭ ދަނޑިބުރިއެއް. 3. ފޮތިން ނުވަތަ ރޭނދާއިން ނުވަތަ ރިބަނުން، ދެ ފަރާތަށް އެއްވަރަށް މަޅިލައިގެން ޖަހާ ގޮށެއް. bow-legged ފައި ގުދުކޮށް (ދުނިކޮށް) ހުރި. bow legs ފައި ވަރަށް ހިކި. bow-tie ފިރިހެނުން ގަމީހުގެ ކަރުގައި އައްސާ ޓައި އެއް. މި ހުންނަނީ ފޮތިކޮޅެއް ދެފަރާތަށް އެއްވަރުވާ ގޮތަށް މެދުގައި ބާރަށް ގޮށެއްޖަހާފައެވެ. bow-window ބޭރަށް ނުކުމެފައި ހުންނަ ގޮތަށް ހުންނަ ވަށް ކިއްސަރުގެ ކުޑަދޮރު.

bow

ބައު. ނ. ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން، ނުވަތަ އެއްބަސްވުމުގެ ގޮތުން ބޯ ތިރިކޮށްލުމުގެ ޢަމަލު. ރުކޫޢު. —ކ. 1. ސަލާމްކުރުމުގެ ގޮތުން ނުވަތަ ހުރުމަތްދިނުމުގެ ގޮތުން ބޯތިރިކޮށްލުން. 2. ބަރެއްގެ ސަބަބުން ތިރިއަށް ގުދުވުން. 3. ބުނާގޮތެއް ހެދުން؛ އިދިކޮޅު ހެދުން ދޫކޮށްލުން. ބޯލެނބުން. must bow to the inevitable. ނުވެނުދާނޭކަމަކަށް ބޯލެބުން. bow and scrape ވަރަށް އަޅުވެތިވެގެން އުޅުން.

bow

ބައު. ނ. 1. ކަނޑު އުޅަނދެއްގެ ކުރި. ދިރުނބާކޮޅު. 2. ދިރުނބާކޮޅާ އެއްމެ ގާތުގައިވާ ފަލިޖަހާ މީހާ.

bowdlerize

ބައުޑްލަރައިޒް. ކ. ފޮތަކުން ނުވަތަ ފިލްމަކުން ނޭކަށޭނެ ޢިބާރާތްތަކާއި މަންޒަރުތައް ކެނޑުން. {ލަފުޒު އުފައްދައިފައިވަނީ މަޝްހޫރު ވާހަކަފޮތެއް ސެންސަރު ކުރި މީހެއްގެ ނަމަށް ނިސްބަތްކޮށް}.

bowel

ބަވަލް. ނ. 1. ހަރު ތަކެތި ހަށިގަނޑުން ބޭރުކުރަން ބަނޑާ ގުޅިފައިވާ ދިގު ހޮޅި. ގޮހޮރު. 2. އެއްޗެއްގެ އެންމެ އެތެރޭބައި.

bower

ބައުވަރ. ނ. ގަހެއްގެ ގޮތްޕެއްގެ ދަށުގައި، ބަގީޗާއެއްގައި ނުވަތަ ވަލެއްގައިވާ ހިތްގައިމު ޖާގައެއް.

bowl

ބައުލް. ނ. ކާތަކެތި އަޅާ ބޯތައްޓެއް. 2. ތަކެތި ހުރި މި. ނުވަތަ މި މިންވަރު. ބޯތައްޓެއްގެ މިންވަރު. 3. މިސިފައަށް ސަމުސަލުގައިވާ، ނުވަތަ އެހެން އެއްޗެއްގައިވާ ގޮނިބައި.

bowl

ބައުލް. ނ. 1. ބައުލް ކުޅިވަރުގައި ގެންގުޅޭ ބޯޅަ. 2. މި ނޫންވެސް އެއްޗަކުން ޖަހާ ފުޅިތަކެއް ވައްޓާ ކުޅިވަރެއްގައި ގެންގުޅޭ ބޯޅަ. —ބައުލް. ކ. 1. ބިމުގައި ފުރޮޅޭ ގޮތަށް އެއްލުން. 2. ބާރަށް އޮމާންކޮށް ކާރުގައި މަގެއްގައި ދަތުރުކުރުން. bowling up Ameenee Magu. 3. ކްރިކެޓްގައި ވިކެޓްތަކާ ދިމާއަށް ބޯޅައުކުން. ބޯޅައިން ޖަހައި ވިކެޓްތައް ވައްޓައިލުން. bowl over ޖަހައި ވައްޓައިލުން. ކުއްލި ކަމަކުން ނުވަތަ އުފެދޭ ޝުޢޫރުން ހާސްކަން ގެނައުން. bowls ބޯޅައެއް ފުރޮޅައިގެން ކުޅޭ ކުޅިވަރެއް. މި ކުޅިވަރުގައި ބޯޅައިގެ އެއްފަރާތް ބަރުކޮށް ހަދައިފައި ހުންނާތީ ސީދަލަކަށް ނުދެއެވެ.

bowler

ބައުލަރ. ނ. 1. ބައުލް ކުޅިވަރެއްގައި ބޯޅަ އެއްލާ މީހާ. 2. ކްރިކެޓްގައި ބޯޅަ އުކާ މީހާ.

bowler

ބައުލަރ. ނ. ބައުލަރ ތޮފި. bowler hat ކެހެރި ފިއްތައިގެން ހަދާފައިވާ ބޯމަތި ވަށްކޮށް ހުންނަ ތޮތްޕެއް.

bowline

ބޯލިން. ނ. ބާރުނުވާނޭ މަޅިއެއް އޮންނަގޮތަށް ވަލެއްގެ ކޮޅުގައި ޖަހާ ގޮށެއް.

bowling

ބޮއުލިން. ނ. ބަރު ބޯޅައެއް އެއްޗެތިތަކަކާ ދިމާއަށް އުކައިގެން ކުޅޭ ކުޅިވަރެއް. bowling-alley ފުޅިތަކެއް ވައްޓައިލުމަށް ބަރު ބޯޅައެއް އުކޭގޮތަށް ހުންނަ ކުޅިވަރު ކުޅޭ ތަނެއް. bowling-green ބައުލްސް ކުޅޭ ދަނޑެއް.

bowsprit

ބޯސްޕްރިޓް. ނ. ރިޔަލެއް ނެގުމަށް ނުވަތަ ވައު އެއްސުމަށް ކަނޑު އުޅަނދެއްގެ ދިރުނބާކޮޅުން ބޭރަށް ނެރެފައި ހުންނަ ދަނޑި. ދައްސޫރަ.

box

ބޮކްސް. ނ. 1. ހަރު ތަކެތި އެޅުމަށް ހަމަ ހަފަރާތް ހުންނަ ފޮށި. 2. ފޮއްޓަށް އެޅޭ މިންވަރު. 3. ފޮއްޓެއްގެ ސިފަ ޖަހާ އެއްޗެއް. 4. ތިއޭޓަރެއްގައި ވަކިން ތިބެވޭގޮތަށް ގޮނޑިޖަހާފައިވާ ކުޑަ ކޮޓަރިއެއް. އަހެއް އޮތުމަށް ތަނެއްގައި ނުވަތަ ދުއްވާ އެއްޗެއްގައި ހަދާފައިވާ ހިޔާކުރި ކޮއްޓެއް. ކޯޓެއްގައި ހެކިން ތިބުމަށް ހުންނަ ކޮށިގަނޑު. 6. ބޮކްސް ގެ ނަންބަރު (ތިރި ބަލާ). —ކ. ފޮއްޓަކަށް އެޅުން. box in/up މިނިވަންކޮށް ނުގުޑާނޭ ގޮތަށް ކުޑަ ތަނަކަށް ލުން. box-junction ހަތަރެސްކަން އަނގޮޅިއެއްގައި ދުއްވާތަކެތި މަޑުނުކުރެވޭ ގޮތަށް ތުތިމަސްކޮށް ރޮނގުދަމާފައި އޮންނަ އަނގަމަތި. box-kite ފޮއްޓެއްހެން ހަދައިފައި ހުންނަ ގުޑިއެއް. box number އިސްތިހާރު ކުރި ފަރާތް އެނގޭގޮތަށް، އެބަޔަކަށް ލިބޭ ސިޓީތައް ލުމަށް ނޫސް ނެރޭ އޮފީހެއްގައި ހުންނަ ފޮށީގެ ނަންބަރު. box-office ތިއޭޓަރެއްގެ ސީޓް ރިޒާވްކުރާ އޮފީހެއް. box-pleat ފޮތީގައި ޖައްސާ ރުލުގެ ބާވަތެއް. މި ވައްތަރުގައި ދެމެދުން ނަގާ ކޮންމެ ރުލެއް ނަގާނީ ފުށަތު ފަރާތަށެވެ. box-room ފޮށި، ސޫޓުކޭސް ފަދަ ތަކެތި ގުދަންކުރާ ކޮޓަރި. box-spring ގޮނދަޑީގައި ހުންނަ އިސްފިރޭނު.

box

ބޮކްސް. ކ. ގޮއްމުށުން ތެޅުން. ބޮކްސިންގައި ބައިވެރިވުން. —ނ. އަތްތިލައިން ޖަހާ ޖެހުން. box a person’s ears އަތްތިލައިން މީހެއްގެ ކަންފަތުގައި ޖެހުން.

box

ބޮކްސް. ނ. 1. ތިރިން ގޮފިފަޅާ ކުޑަ ގަހެއް. 2. މީގެ ލަކުޑި.

Box and Cox

ބޮކްސް އެންޑް ކޮކްސް. ނ. އެކަކު ކަމެއް ކޮށް ނިމުމުން އަނެކަކު އެ ކަންތައް ކުރާ ދެމީހެއް. މި ނިސްބަތްވަނީ ތަމްސީލެއްގައި އުޅުނު ދެމީހަކަށެވެ. މި ދެމީހުން އެއް ކޮޓަރިއެއް ކުއްޔަށް ހިފައި، އެކަކު ނިދީމާ އަނެކަކު މަސައްކަތު ދަނީއެވެ. ނިދި މީހާ މަސައްކަތު ދަނީ އަނެކަކު އައުމުންނެވެ.

boxer

ބޮކްސަރ. ނ. 1. ބޮކްސް ތަޅާ މީހެއް. 2. ބުލްޑޯގް ގެ ސިފަ ޖަހާ ކުއްތާގެ ބާވަތެއް.

boxing

ބޮކްސިން. ނ. ގޮއްމުށުން ތެޅުމުގެ ކުޅިވަރެއް. boxing-gloves ބޮކްސިން ކުޅެން އަތަށް ލައްވާ ހަމުން ހެދި ކަފަލީ އަންގިއެއް. boxing-weights ބޮކްސް ކުޅޭ މީހުން ގިންތިކުރަން ގެންގުޅޭ ބަރުދަނުގެ މިންގަނޑެއް.

Boxing Day

ބޮކްސިންގ ޑެއި. ނ. ޑިސެމްބަރ 25 އަށް ފަހު، އެންމެ ފުރަތަމަ އަންނަ ހަފުތާބަންދު ނޫން ދުވަސް.

boy

ބޯއި. ނ. 1. ފިރިހެން ކުއްޖެއް. 2. ޒުވާން ފިރިހެނެއް. 3. ޒުވާން މުވައްޒަފެއް. 4. ބައެއް ޤައުމުތަކުގައި ފިރިހެން ޚާދިމެއް. —(ސިއްސައިގެން ގޮސް ބުނާ) ހައިރާން ކަމާއި އުފަލުގެ ލަފުޒެއް. —ނ. .boyhood. boyfriend އަންހެނެއްގެ ޢާއްމު ފިރެހެން ރަޙްމަތްތެރިޔާ.

boycott

ބޮއިކޮޓް. ކ. 1. ގުޅުން ކަނޑައިލުން. އެއްވެސްކަމެއް އެކުގައި ނުކުރަން ނިންމުން. 2. ވަކި ފަރާތަކުން ތަކެތި ނުގަތުމަށް ނުވަތަ ޚިދުމަތެއް ލިބިނުގަތުމަށް ނިންމުން. —ނ. މިގޮތަށް ކުރާ ޢަމަލު.

boyish

ބޮއިޝް. ނއ. ފިރިހެން ކުއްޖެއްގެ ސިފަހުރި (މ. އުޅުމުގައި ނުވަތަ އެހެން ކަމެއްގައި). ކއ. boyishly. ނ. boyishness.

BP

ބީޕީ. ކުރުކޮށް British Petroleum/Pharmacopoeia.

BPC

ބީޕީސީ. ކުރުކޮށް British Pharmaceutical Codex.