belated
ބިލެއިޓިޑް. ނއ. ލަހުން އައުން ނުވަތަ މާ ބޮޑަށް ލަސްވުން. ކއ. belatedly.
belch
ބެލްޗް. ކ. 1. ބަނޑުގައި ހުންނަ ވައި އަނގައިން އަޑާއެކު ބޭރުކުރުން. އަނގައިން ވައިލުން. 2. ދޯރިއަކުން ނުވަތަ ލޯވަޅަކުން ބޭރުކުރުން. ގިނައިން އެއްޗެއް ތަނަކުން ފޭބުން ނުވަތަ ނުކުތުން. —ނ. މި ކަމުގެ ޢަމަލު.
Belfast
ބެލްފާސްޓް. ނ. އުތުރު އަޔަރލަންޑްގެ ވެރިކަން ކުރާ ޝަހަރު.
belfry
ބެލްފްރައި. ނ. ރަނގަބީލު ހަރުކުރަން ފައްޅިތަކުގައި ހުންނަ މުންނާރެއް.
Belgium
ބެލްޖިއަމް. ނ. ޔޫރަޕުގެ ޤައުމެއް. ނ. ނއ. Belgian.
Belgrade
ބެލްގްރެއިޑް. ނ. ޔޫގޯސްލޭވިއާގެ ވެރިކަން ކުރި ޝަހަރު. މިހާރު ސާރބިއާގެ ވެރިކަންކުރާ ޝަހަރު.
belief
ބިލީފް. ނ. 1. އެއްޗެއް ނުވަތަ ކަމަކީ ޙަޤީޤީ ތެދު އިތުބާރުހުރި ފަދަ ސިފައެއް ހުރި ކަމެއް ކަމަށް ޤަބޫލުކުރެވޭ ޝުޢޫރު. އީމާން. އިޢުތިޤާދު. 2. ތެދެއްކަމަށް ބަލައިގަންނަ ކަމެއް. 3. ދީން. ދީނީ ޢިލްމުގައި ތެދެއްކަމަށް އުނގަންނައިދޭ ބައެއް.
believable
ބިލީވަބްލް. ނއ. ވެދާނޭ، ޙަޤީޤީ، ތެދެއްކަމަށް ރުހެވޭ. ޤަބޫލުކުރެވިދާނޭ.
believe
ބިލީވް. ކ. 1. ތެދުކަމަށް ޤަބޫކުރުން. ޔަޤީންކުރުން. 2. ވިސްނުން. ވާގޮތްކަމަށް ގަބޫލުކުރުން. މ. I believe it is raining އަހަރެން ޤަބޫލުކުރަނީ މިހާރު ވާރޭ ވެހޭކަމަށެވެ. believe in އެއްޗެއް ވާކަމަށް އީމާންވުން. އެއްޗެއްގެ އަގާމެދު ނުވަތަ މުހިއްމުކަމާ މެދު ޔަޤީންކަން އޮތުން.
believer
ބިލީވަރ. ނ. ޤަބޫލުކުރާ މީހެއް. ދީނުގެ ގޮތަށް ޢަމަލުކުރާ މީހެއް.
Belisha beacon
ބިލީޝާ ބީކަން. ނ. މަގުހުރަސްކުރާ ތަން ފާހަގަކުރަން ޖަހާ ރީނދޫ ބައްތިއެއް.
belittle
ބިލިޓްލް. ކ. އެއްޗެއްގެ އަގެއް ނުވަތަ މުހިއްމުކަމެއް ނެތްކަމަށް އިޝާރާތްކުރުން. ކުޑައިމީސްކުރުން. ނ. belittlement.
Belize
ބެލީޒް. ނ. މެދު އެމެރިކާގެ ޤައުމެއް. ނއ. ނ. Belizian ބެލީޒަން.
bell
ބެލް. ނ. އެއްޗަކުން ޖެހުމުން ގަދަ އަޑެއް އިވޭ ޖޯޑެއްގެ ބައްޓަމަށް ހަދާފައި ހުންނަ އާލަތެއް. ރަނގަބީލު. 2. ރަނގަބީލުގެ އަޑު، ޚާއްޞަކޮށް އިޝާރާތެއްގެ ގޮތުގައި. މ. ކޮންމެ ހަތަރުގަޑިއެއްގެ ދަންފަޅިއެއް ފާހަގަކުރުމަށް ނަވުގައި ޖަހާ ރަނގަބީލު. 3.ރަނގަބީލު ބައްޓަމަށް ހުރި އެއްޗެއް. bell-bottomed ކަކުލުން ތިރިއަށް ފުޅާކޮށްފައި މ. bell-bottoms މިފަދަ ފަޓުލޫނެއް. bell-push އިލެކްޓްރިކް ރަނގަބީލެއް ޖެހުމަށް އޮބާލާ ސްވިޗެއް ނުވަތަ ގޮށެއް.
belle
ބެލް. ނ. ރީތި އަންހެނެއް.
belligerent
ބިލިޖަރަންޓް. ނއ. 1. ހަނގުރާމަ ކުރާ މ. ބިލިޖަރަންޓް ޤައުމެއް. 2. ތަޅާފޮޅާހިތްވާ. ދެކޮޅުވެރި. މ. ބިލިޖަރަންޓް ޖަވާބެއް ދިނުން. —ކ. belligerently. ނ. belligerence.
bellow
ބެލައު. ނ. ގެރި ފަދަ ބޮޑެތި ޖަނަވާރު ލައްވާ ގަދަ ބުން އަޑު. 2. މިފަދަ ހަޅޭކެއް. —ކ. މިފަދަ އަޑެއް ލެއްވުން.
bellows
ބެލައުޒް. ނ. 1. ވައި އެއްޗަކަށް ފޮނުވުމަށް ބޭނުންކުރާ އާލަތެއް. ގިރުނބާ. 2. ދިވެހި ގިރުނބާގައި ހުންނަ ފަދައިން، ބައިބަޔަށް ފަތްޖެހި ބޮޑުކުރެވޭ އެއްޗެއް.
belly
ބެލި. ނ. 1. ހަށިގަނޑުގެ މެދުބައި. 2. ބަނޑު. 3. އެއްޗެއްގެ ބަނޑުގޮތަށް ނުކުމެފައިވާ ވަށްކޮށް ހުންނަ ބައި. —(belly, bellied, bellying) ކ. ބޭރަށް ފުފިގެން ނުކުތުން. މ. the sails bellied out. belly-ache ބަނޑުގެ ރިހުން. ނުރަސްމީ ބަހުރުވައިން ކުދިކިއުން. belly-dance މެދުއިރުމަތީގައި ބަނޑުތަޅުވަމުން އަންހެނުން ނަށާ ނެށުމެއް. belly-dancer މިފަދަ ނެށުންތެރިއެއް. belly-flop ބަނޑު ވަތަށް ޖެހޭގޮތަށް ފެންގަނޑަކަށް ފުންމައިލުން. belly-laugh އަޑުގަދަ ފުން ހުނުމެއް.
bellyful
ބެލީފުލް. ނ. ނުރަސްމީ ބަހުރުވައިން މީހަކު ބޭނުންވާ ވަރަށް ނުވަތަ އިތުރަށް.
Belmopan
ބެލްމޯޕަން. ނ. ބެލީޒްގެ ވެރިކަން ކުރާ ޝަހަރު.
belong
ބިލޯންގ. ކ. 1. ޤާނޫނީ ގޮތުން މިލްކުވެރިވުން ނުވަތަ ނިސްބަތްވުން. އެއްޗެއްގެ ބަޔަކަށް ވުން. ތަނެއްގެ ބަޔަކަށްވުން. މ. މާރާދަގެ ބިލޯންގ ވަނީ މަށަށް. އޭނާ ބިލޯންގ ވަނީ ހޮޅުދޫއަށް. މި މަތިގަނޑު ބިލޯންގ ވަނީ އެ ފުޅިއަށް. 2. މެންބަރަކަށް ވުން. މ. އަހުރެން ބިލޯންގ ވަނީ މި ކްލަބްއަށް. 3. ތަރުތީބުގެ ގޮތުން ވަކި ތަނަކަށް އާދަކޮށް ނިސްބަތްވާ. މ. ވަޅި ބިލޯންގ ވަނީ ބަދިގެއަށް. belongings މީހެއްގެ އަމިއްލަ ތަކެތި.
Belorussian
ބެލޯރަޝަން. ނ. ހުޅަނގު ރަޝިއާގައިވާ ޤައުމެއް. އެޤައުމުގެ އަހުލުވެރިއެއް. —ނއ. އެޤައުމަށް ނުވަތަ އެތަނުގެ އަހުލުވެރިއަކަށް ނިސްބަތްވާ.
beloved
ބިލަވްޑް. ނއ. ވަރަށް ބޮޑަށް ލޯބިވާ. މެހެބޫބު. މ. she was beloved by all އެކަނބުލޭގެ ދެކެ އެންމެން ލޯބިވިއެވެ. —ނ. ނއ. ވަރަށް ލޯބިވާ މީހެއް. މ. my beloved wife އަހުރެން ލޯބިވާ އަނބި.
below
ބިލޮއު. ކއ. 1. ތިރީ ތަނެއްގައި ނުވަތަ ތިރިއަށް. ކޯރެއްގެ އަނގަމައްޗާ ކައިރިއަށް. 2. ސަފުހާގެ ތިރީގައި ނުވަތަ މަޒުމޫނެއްގެ/ފޮތެއްގެ ފަހުކޮޅުގައި. —ޕރޕ. 1. މަޤާމުގެ ގޮތުން (ހުރި ތަނުން) ތިރީގައި. ފަހަތުގައި. 2. ކޯރެއް ނުވަތަ އެހެންވެސް އެފަދަ އެއްޗެއްގެ ފަހުކޮޅުގައި.
belt
ބެލްޓް. ނ. 1. އުނަގަނޑު ފަށައިގެން އައްސާ ފޮތި ނުވަތަ ހަން ފީތާއެއް. ކަމަރު. 2. މެޝިންތަކުގެ އެއްބައިން އަނެއް ބައި ހިންގުމަށް ބޭނުންކުރާ ބަންދެއް. ދިޔުޅި. 3. ހިމަ ދިގު ފަށަލައެއް ނުވަތަ ސަރަޙައްދެއް. މ. a belt of rain is approaching ދިގު ހަނި ވާރޭވިލާ ކައިރިވަމުން އެބަ އާދެއެވެ. 4. ނުރަސްމީ ބަހުރުވައިން ބާރަށް ޖަހާ އެތިފަހަރެއް. —ކ. 1. ވަށައިގެން ކަމަރެއް ނުވަތަ ދިޔުޅިއެއް އެޅުވުން. 2. ދިޔުޅިއެއް ބޭނުންކޮށްގެން ހަރުކުރުން. 3. ނުރަސްމީ ބަހުރުވައިން ކަމަރަކުން ތެޅުން ނުވަތަ ޖެހުން. 4. ނުރަސްމީ ބަހުރުވައިން އަވަސްކުރުން. ހަލުވިކުރުން. belt out ނުރަސްމީ ބަހުރުވައިން ލަވައެއް އަމުރެއް ފަދަ އެއްޗެއް މާ ބާރަށް އިއްވުން. belt up ނުރަސްމީ ބަހުރުވައިން ކާރުގެ ސީޓްބެލްޓް އެޅުން. އަނގަމަޑުކުރުން. hit below the belt ހަމައާ ތަފާތު ޖެހުމެއް ޖެހުން. ހަމައާ އިދިކޮޅަށް ތަޅާފޮޅުން. under one’s belt ނުރަސްމީ ބަހުރުވައިން ކައިފި، ޙާޞިލްކޮށްފި، ލިބިގަނެފި.
beluga
ބިލޫގަ. ނ. 1. ހުދުކުލައިގެ ބޮޑުމަހެއް. 2. މީރު ބިހެއް ހުންނަ ބޮޑު މަހެއް. 3. މި މަހުގެ ބިސް.
belvedere
ބެލްވިޑިއަރ. ނ. ވަށައިގެންވާ މަންޒަރުތައް ބެލުމަށް ގެއެއްގައި އުސްކޮށް ހަދާފައި ހުންނަ ކޮޓަރި ނުވަތަ މިފަދަ ގެ.
bemused
ބިމިޔުޒްޑް. ނއ. 1. ކުޑަކޮށް ވާނުވާނޭނގި އޮޅިފައި. 2. ފިކުރެއްގައި ގެއްލިފައިވާ.
bench
ބެންޗް. ނ. 1. ލަކުޑިން ނުވަތަ ގަލުން ހަދައިފައިވާ ދިގު ގޮނޑިއެއް. 2. ޝަރީޢަތް ހިންގާ ކޯޓެއް. މ. the Queen’s Bench އިނގިރޭސިވިލާތުގެ ހައިކޯޓުގެ ބައެއް. 3. the bench ކޯޓެއްގައި މައްސަލައެއް ބަލަމުންދާ ފަނޑިޔާރުން. 4. ލެބޯރަޓަރީ ތަކުގައި ނުވަތަ ވާރކްޝޮޕްތަކުގައި މަސައްކަތްކުރަން ހުންނަ މޭޒު.
bend
ބެންޑް. (bent, bending) ކ. 1. ބާރުން ތެދުކަން ނައްތައިލުން. ގުދުކޮށްލުން. 2. ކިއްސަރަކަށް ނުވަތަ ކަނަކަށް ލަންބައިލުން ނުވަތަ މިހެންވުން. 3. ތިރިއަށް އަރިވުން. ގުދުވުން. 4. އައު ދިމާއަކަށް (މިސްރާބަކަށް) އެޅުން. they bend their steps homeward އެނބުރި އުޅޭ ތަނާ ދިމާއަށް ދަތުރުކުރުން. bend your mind to this ސަމާލުކަން މިއަށް ދޭށެވެ. 5. ނުރަސްމީ ބަހުރުވައިން ފަސާދަކުރުވުން. ތެދުވެރިކަން ނައްތައިލުން. —ނ. 1. މަގެއް ލަނބާލާތަން. އަނގޮޅި. 2. ނުރަސްމީ ބަހުރުވައިން ވަކި ކަމެއް ކުރުމުގައި މެދުކެނޑުމެއްނެތި ޤަރާރުވެ ހުންނަ މުއްދަތު. މ. ވައްކަން ކުރުމުގައި އުޅުނު މުއްދަތު. bend the rules އަމިއްލައަށް ފައިދާވާގޮތަށް އުސޫލެއް ނުވަތަ ގަވާއިދެއް ތަފްސީރުކުރުން. catch a person bending ނުރަސްމީ ބަހުރުވައިން (މ. ހަމަލާއެއް ދިނުމަށް) މީހަކު ހިތިކާރެއްގައި (ޑިސްއެޑްވާންޓިޖްއެއްގައި) ވާ ވަގުތު ހޯދުން. on bended knees ކަކުލު ހުޅުލަންބައިގެން އަޅުކަމުގައި. round the bend ނުރަސްމީ ބަހުރުވައިން މޮޔަވެފައި.
bend
ބެންޑް. ނ. ރޯނުން ނުވަތަ ވަލުން ޖަހާ ގޮށްތަކުގެ ތެރެއިން ގޮށެއް. —ކ. (bent, bending) ގޮށެއް ބޭނުންކޮށްގެން ވަލެއް، ރިޔަލެއް ފަދަ އެއްޗެއް ހައްޔަރުކުރުން.
bender
ބެންޑަރ. ނ. ބަނގުރާ ބުޔުމާއި ނެށުމާއި މިފަދަ ކަންކަމުގައި ހޭދަކުރާ ކުރު މުއްދަތެއް.
beneath
ބިނީތް (ތ ކިޔާނީ ފިއްތި އަޑެއްގެ ގޮތުގައި). ކއ. ޕރޕ. 1. ދަށުގައި، އަޑީގައި. ދަށް. ތިރި. 2. ކުފޫހަމަވެގެން ނުވާ. ނުގުޅޭ. beneath contempt ދަށްކަމުން އެކަމާ ރުޅިއެރުންވެސް ބޭނުންނުވާހާ ދަށް.
Benedictine
ބެނިޑިކްޓީން. ނ. 1. އެކަހެރިވެގެން އުޅޭ ނަޞާރާދީނުގެ ހާމުދުރުންގެ ނުވަތަ ސާދުންގެ ވަކި މަޒުހަބެއްގެ މީހެއް. 2. މި ބައިމީހުން ފުރަތަމަ އުފެއްދި ބަނގުރަލެއް.
benediction
ބެނިޑިކްޝަން. ނ. މީހަކަށް އެހީތެރިކަމާއި ރައްކާތެރިކަން އެދި ކަލާނގެއަށް ކުރާ ދުޢާ.
benefactor
ބެނިފެކްޓަރ. ނ. އެހެން މީހަކަށް އެހީއެއް ނުވަތަ ފައިސާއެއް ދޭ ފަރާތް. މި އެހީ ޖަމާޢަތަކަށް މުއައްސަސާއަކަށް އަދި ހަރަކާތަކަށް ދިނަސް ވެސް ކިޔާނީ މިހެންނެވެ. އެހީދޭ ފަރާތް.
benefice
ބެނިފިސް. ނ. ނަޞާރާދީނުގެ ވަކި މަޤާމެއް. މި މަޤާމުގައި ހުންނަ މީހަކަށް ބިމާއި އުޅޭނޭ ގޮތެއް ހަމަޖައްސައި ދެވެއެވެ. މިއީ ޕެރިޝް އެއްގެ ވެރިއެކެވެ.
beneficial
ބެނިފިޝަލް. ނއ. ބޭނުންތެރި ނުވަތަ އެހީތެރި އަސަރެއް ކުރުވާ. ފައިދާކުރުވަނިވި. ނަފާކުރުވަނިވި. ކއ. beneficially.
beneficiary
ބެނިފިޝަރީ. ނއ. އެހެން މީހެއްގެ ވަސިއްޔަތަކުން ނުވަތަ އެހީތެރިކަމުން ނުވަތަ ފައިސާއިން އެހީއެއް މަންފާއެއް ލިބުނު މީހާ ނުވަތަ ޖަމާޢަތް. އެހީލިބޭ ފަރާތް.
benefit
ބެނިފިޓް. ނ. 1. އެހީތެރިވާ، ރަނގަޅު، ބޭނުންތެރި އެއްޗެއް. ފައިދާ. މަންފާ. ލާބަ. 2. އިންޝުއަރަންސްއިން ނުވަތަ ސަރުކާރުގެ ފަންޑަކުން، މީހަކަށް ލިބެންޖެހޭ ފައިސާގެ އެލަވަންސް. 3. ވަކި މީހަކަށް ފައިސާ އެއްކުރުމަށް ބާއްވާ ކުޅިވަރެއް ނުވަތަ ތަމްސީލެއް ފަދަ ކަމެއް. މ. ބެނިފިޓް މެޗެއް. —ކ. (benefited, benefitting) 1. ރަނގަޅު ކަމެއް ކޮށްދިނުން. ފައިދާއެއް މަންފާއެއް ހޯދައިދިނުން. 2. މަންފާއެއް ފައިދާއެއް ލިބިގަތުން. benefit of the doubt މީހަކާ އިދިކޮޅަށް ކަމެއް ސުބޫތުނުކުރެވޭ ނަމަ، އެމީހަކީ ކުށްވެރިއެއް ނޫންކަމަށް އަދި އިލްޒާމްތަކުން ސަލާމަތްވެގެންވާ މީހެއްކަމަށް ދެކޭ އުސޫލު.
Benelux
ބެނިލަކްސް. ނ. ވަކި ޖަމާޢަތެއްގެ ގޮތުގައި ބެލްޖިއަމް، ނެދަރލަންޑްސް.، ލަކްސަމްބާގް މިތިން ޤައުމު.
benevolent
ބިނެވަލަންޓް. ނއ. 1. އެހެން މީހުންނަށް އޯގާތެރިވާން އެދޭ. 2. އެހީތެރިވާ. ފައިސާ އާއި އެހީ ބޭނުންވާ ފަރާތްތަކަށްދޭ. މެހެރުބާން. އޯގާވެރި. މ. ބެނިވަލަންޓް ފަންޑެއް. ކއ. benevolently. ނ. benevolence.
Bengal
ބެންގޯލް. ނ. އިންޑިއާގެ އުތުރުގެ ސަރަޙައްދެއް. މިހާރު މިއީ ބަންގްލާދޭޝް އާއި އިންޑިއާގެ ވެސްޓް ބެންގޯލް ސްޓޭޓަށް ނިސްބަތްވާ ސަރަޙައްދެވެ. ނ. ނއ. Bengali.
benign
ބިނައިން. ނއ. 1. އޯގާތެރި. 2. އޭގެ އަސަރު ކުޑަވެފައި މަޑުމައިތިރި. މ. ބިނައިން ޓިއުމަރ އެއް. އެއިން ނުބައި ނަތީޖާއެއް ބޮޑު ބައްޔެއް ނުއުފެދޭ. ކއ. benignly.
benignant
ބިނިގްނަންޓް. ނއ. އޯގާތެރި. މ. ބިނިގްނަންޓް ޝުޢޫރެއް.
benignity
ބެނިގްނިޓި. ނ. އެހެން މީހުންނަށް ހުންނަ އޯގާތެރިކަން. އެހެން މީހުން އެކި ގޮތްގޮތަށް އުޅުމުން އެކަންކަމަށް ހުންނަ ކެތްތެރިކަން.
Benin
ބެނީން. ނ. ވެސްޓް އެފްރިކާގެ ޤައުމެއް.
bent
ބެންޓް. ބަލާ bend. ނ. 1. ޠަބީޢީ ގޮތުން ހުންނަ ހުނަރެއް ނުވަތަ ރުހޭ ކަމެއް. މ. އޭނާ ފެހުމަށް ބެންޓް އެއް ހުރެއެވެ. —ނއ. ނުރަސްމީ ބަހުރުވައިން ތެދުވެރިނޫން. bent on ކަމެއް ކުރުމަށް ގަދައަށް ހިފާ ނުވަތަ އެކަމެއް ކުރާ ހިތްވާ. he is bent on mischief އޭނާ ޠަބީޢީ ގޮތުން ސަކަރާތް ގަންނަހިތް ވަރަށް ވެއެވެ.
bentwood
ބެންޓްވުޑް. ނ. ގޮނޑިފަދަ ތަކެތި ހެދުމަށް އާވިން ލަންބާފައި ހުންނަ ލަކުޑި ފަތި.
benzene
ބެންޒީން. ނ. ޕްލާސްޓިކް، ޕެސްޓިސައިޑް، ފޮތީގައި ޖައްސާ ކުލަ ފަދަތަކެތި ހެދުމަށް ބިމުން ނަގާ ތެލުން އުފައްދާ ކުލައެއް ނެތް ދިޔައެއް.
benzine
ބެންޒީން. ނ. ޑްރައި ކްލީނިން ގައި ބޭނުންކުރާ ބިމުގެ އަޑިން ނަގާ ތެލުން އުފައްދާ ކުލައެއް ނެތް ދިޔައެއް. މިއީ benzene އާ ތަފާތު މާއްދާއެކެވެ.
bequeath
ބިކްވީތް. (ތ ކިޔާނީ ފިއްތި އަޑަކުން). ނ. މަރުވުމަށް ފަހު ފައިސާ އާއި މުދައު ދޭނޭ ފަރާތެއް ވަސިއްޔަތްކުރުން.
bequest
ބިކްވެސްޓް. ނ. މަރުވުމަށް ފަހު އެހެން ބަޔަކަށް ދޭން ކަނޑައަޅާފައިވާ މުދަލާއި ފައިސާ. ވަޞިއްޔަތް.
berate
ބިރެއިޓް. ކ. މީހަކާ ދިމާއަށް ރުޅިއައިސްގެން އެއްޗެތިގޮވުން. ރުޅިވެރި ގޮތަކަށް ކުށްދެއްކުން.
berberis
ބާބަރިސް. ނ. ރީނދޫ މަލެއް އަދި ރަތް ޖޭމެއް އަޅާ ބަގީޗާ ގަހެއް. މިއީ ހޫނު ޤައުމުތަކުގައި ހެދޭ ގަހެއް ނޫނެވެ.
bereave
ބިރީވް. ކ. ގާތް ރައްޓެއްސެއް ނުވަތަ ތިމާގެ މީހެއް މަރުވެގެން އެކަނިވެރިވުން. the bereaved husband އަނބި މަރުވި ފިރިމީހާ. ނ. bereavement.
bereft
ބިރެފްޓް. ނއ. ނެތިވުން. އެއްޗެއް ނެތި ވުން ނުވަތަ އެއްޗެއް ނެތުމުން ފުން ޝުޢޫރެއް ތަޙައްމަލްކުރުން. މ. bereft of reason ބުއްދިފިލުމުން މޮޔަވެފައި.
beret
ބެރޭ. ނ. މަޑު ފޮއްޗަކުން ހަދައިފައިވާ ވަށް ތާކިހަލެއް ނުވަތަ ތޮތްޕެއް.
bergamot
ބާގަމޮޓް. ނ. ލުބޯ ވައްތަރުގެ މޭވާއެއް. މިއަޅާ ގަސް.
beriberi
ބެރީބެރީ. ބެރިބެރި. ނ. ވިޓަމިން B މަދުވުމުގެ ސަބަބުން ނާރުތަކަށް ޖެހޭ ބައްޔެއް. ބަލީގެ ސަބަބުން ހިނގަން ދަތިވެ، ވިސްނުން ދެރަވެ، ވާހަކަ ދައްކަން ދަތިވެއެވެ.
berk
ބާރކް. ނ. ނުރަސްމީ ބަހުރުވައިން ސޭކެއް.
Berks.
ކުރުކޮށް Berkshire.
Berkshire
ބާކްޝަރ. ނ. އިނގިރޭސިވިލާތުގެ ކައުންޓީއެއް؛ އިދާރީ ސަރަޙައްދެއް.
Berlin
ބާރލިން. ނ. ޖަރުމަނުގެ ވެރިކަން ކުރާ ޤައުމު.
Bermuda
ބާރމިއުޑާ. ނ. ހުޅަނގު އެޓްލާންޓިކް ކަނޑުގައިވާ ޖަޒީރާތަކެއް. ނއ. Bermudian.
Berne
ބާން. ނ. ސްވިޓްޒަރލަންޑްގެ ވެރިކަން ކުރާ ޤައުމު.
berry
ބެރީ. ނ. ދިވެހި ޖޭމު، ތޫތު ފަދައިން ގަސްތަކުގައި އަޅާ ކުދިކޮށް ހުންނަ، އެތެރެ (ވަރި) މަޑު މޭވާ. ސައިންސްގެ އިސްތިލާހުގައި ކަންބާ، ބަރަބޯ ފަދަ ތަކެއްޗަކީވެސް ބެރީ.
berserk
ބަޒާރކް. ނއ. ވަރަށް ރުޅިގަދަވެ ކޮންޓްރޯލް އިން ނެއްޓިފައި. go berserk ރުޅިގަދަވެގެން ގޮސް ތަކެތި ހަލާކުކުރާ ގޮތަށް އުޅުން.
berth
ބާރތް. (ތ ކިޔާނީ ފިއްތިއަޑުން). ނ. 1. ރޭލެއްގައި ނުވަތަ އޮޑިއެއްގައި ނިދާތަން. 2. އުޅަނދެއް ނަގިލިލާ ތަން ނުވަތަ ބަދަރެއްގައި އުޅަނދު އަޅާތަން. 3. ނުރަސްމީ ބަހުރުވައިން ވަޒީފާއެއް، މަސައްކަތެއް. —ކ. އުޅަނދެއް ތަނެއްގައި އެޅުން. give a wide berth to ސަލާމަތީ ދުރުކަމެއް ބެހެއްޓުން.
beryl
ބެރަލް. ނ. އެއްފުށުން އަނެއް ފުށް ފެންނަ، ސާފު ހިލައެއް. މީގެ ޚާއްޞަ ވައްތަރުތައް ޖަވާހިރުގެ ގޮތުގައި ބޭނުންކުރެއެވެ.
beseech
ބިސީޗް. (besought, beseeching). ކ. އެއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ގޮތަކަށް އެއްޗަކަށް އެދުން. އާދޭސްކުރުން. އިލްތިމާސްކުރުން.
beset
ބިސެޓް. (beset, besetting). ކ. ވަށައިލުން. މ. temptations that beset people މީހުން ވަށައިލާ ފާފެވެރިވާނެ އެދުންތައް. = އެމީހުންގެ ހުރިހާ ފަރާތަކުން ފެންނަ އެދުންތައް. ނއ. besetting. އާދައެއްގެ ގޮތުން މީހަކަށް އަސަރުކުރުވާ ނުވަތަ އުނދަގޫކުރާ. މ. laziness is his besetting sin އޭނާ ވަށައިލާ ފާފަވެރިކަމަކީ ކަންނެތް ކަމެވެ.
beside
ބިސައިޑް. ޕރޕ. 1. ގާތުގައި، އެއްފަރާތުގައި. 2. އެއްޗަކާ އަޅާބަލާއިރު. his work looks poor beside yours ކަލޭގެ މަސައްކަތާ އަޅާބަލާއިރު އޭނާގެ މަސައްކަތް ދެރައެވެ. 3. އެކަމާ އެއްވެސް ގުޅުމެއް ނެތް. that’s beside the point ނުކުތާ އާ އެކަމާ ގުޅުމެއް ނެތް. beside oneself މީހަކަށް ކޮންޓްރޯލް ކުރެވޭ މިންވަރު ކޮޅުލާ ހިސާބުގައި. he was beside himself with rage.
besides
ބިސައިޑްޒް. ޕރޕ. އޭގެ އިތުރަށް. ފިޔަވައި. he has no income besides his pension ޕެންޝަން ފިޔަވައި އޭނާއަށް އެހެން އާމްދަނީއެއް ނުލިބެއެވެ. —ކއ. ވެސް.
besiege
ބިސީޖް. ކ. 1. އަސްކަރުންނާއިގެން ރަށެއް ކިއްލާއެއް ފަދަ ތަނެއް މީހުން ވަދެނުކުމެއުޅުން ހުއްޓުވަން ވަށައިލުން. ހިސޯރުކުރުން. 2. ސުވާލުތަކާއިގެން ނުވަތަ އެދުންތަކާއިގެން ވަށައިލުން. ނ. besieger.
besom
ބީޒޮމް. ނ. ދަނޑިބުރިއެއްގެ އެއްކޮޅުގައި ހޯލިތަކެއް އައްސައިގެން ތަންތަން ކުނިކަހަން ހަދާ ފިހިގަނޑެއް.
besotted
ބިސޮޓިޑް. ނއ. ލޯބިން ދީވާނާ ވެފައި. މަންޖޯޅިޖެހި، ސިކުނޑި ގޯސްވެގެން އަބަދު މީހަކާ މެދު ވިސްނޭ. މަންޖޯޅިޖެހިފައި. ހެސްގަނެފައި.
besought
ބިސޯޓް. ބަލާ beseech.
bespeak
ބިސްޕީކް. (bespoke, bespoken, bespeaking) ކ. 1. ކަމެއްގެ ކުރިން ޢަމަލުކުރުން. 2. (މ. މުދައު) އޯޑަރު ކުރުން. 3. އެއްޗެއްގެ ނުވަތަ ކަމެއްގެ ހެއްކަކަށްވުން.
bespoke
ބަލާ bespeak. ބިސްޕޮއުކް. —ނއ. ވަކި މީހަކަށް ޚާއްޞަކޮށް ފަހާ އަންނައުނު، ހެދުން. bespoke tailor ގަޔަށް ހެޔޮވަރަށް ހެދުން ފަހައިދޭ ދަރުޒީއެއް.
best
ބެސްޓް. ނއ. އެންމެ ފުރިހަމަ ވައްތަރު. —ކއ. 1. އެންމެ ފުރިހަމަ ގޮތުގައި، ބަރާބަރު. އެންމެ މަތީ ފެންވަރަށް. ބިހުތަރީން. 2. އެންމެ ބޭނުންތެރިގޮތަށް. we had best go އެންމެ ބުއްދިވެރިވާނީ ދިއުން. —best ނ. 1. އެންމެ ރަނގަޅު އެތި. އެންމެ ބޮޑު މަންފާ، ފައިދާ. dressed in his best ހުރި ހެދުންތަކުން އެންމެ ރީތި ހެދުން ލައިގެން. 2. ޒުވާބެއްގައި ނުވަތަ ތަޅާފޮޅުމެއްގައި ލިބޭ ކާމިޔާބު. the best of three games ތިން ގޭމު ކުޅެގެން ގިނަ ގޭމު ކާމިޔާބުކުރާ. give a person best އޭނާ ކާމިޔާބު ހޯދިކަމަށް އެއްބަސްވުން. —ކ. ބަލިކުރުން، އަނެކާއަށް ވުރެ މޮޅުވުން. އަނެކާއަށް ވުރެ ބުއްދިގަދަކޮށް ކަމެއް ކުރުން. as best one can ޙާލަތުގައި ކުރެވެން އޮތް އެންމެ ފުރިހަމައަށް. at best އެންމެ އުއްމީދީ ގޮތަށް ބަލާއިރު. best end ކަންބަޅީގެ ކަރުގެ ހަށިގަނޑާވީ (މަސްގިނަ) ކޮޅު. best man ކައިވެންޏެއް ކުރި ފިރިހެނެއްގެ އެންމެ މުހިއްމު އެހީތެރިޔާ. best seller ވަރަށް ގިނައިން ވިކޭ ފޮތެއް. make the best of ލިބިހުރި އެއްޗަކުން އެންމެ ރަނގަޅަށް ކުރުން. ކުރިމަތިވި ޙާލަތާ ގުޅިގެން ކެތްތެރިވެ ވީ އެންމެ ރަނގަޅަކަށް އުޅުން. put one’s best foot forward ވީ އެންމެ އަވަހަށް ހިނގުން ނުވަތަ މަސައްކަތްކުރުން. six of the best ގަދައަށް އެއްތެލުން ތެޅުން. to the best of one’s ability މީހެއްގެ ހުރި ހުރިހާ ޤާބިލްކަމެއް ބޭނުންކޮށްގެން. to the best of one’s knowledge އެމީހަކަށް އެގިހުރި މިންވަރަކަށް. with the best of them އެހެން ކޮންމެ މީހަކާ އެއްވަރަށް.
bestial
ބެސްޓިއަލް. ނއ. ހައިވާނީ. ޖަނަވާރެއް ފަދަ. ތަހުޒީބުކަމެއް ނެތް. ނ. bestiality ރަޙުމްނެތްކަން. ޖަނަވާރަކަށް އިންސާނަކު ކުރާ ޖިންސީ ޢަމަލު.
bestiary
ބެސްޓިއަރީ. ނ. ޚިޔާލީ އަދި އަސްލު ޖަނަވާރާއި އެ ޖަނަވާރުތަކުގެ ސިފަތަކާއި ވާހަކަތައް އިހުޒަމާނުގައި ލިޔެފައި ހުންނަ ފޮތް.
bestow
ބިސްޓޮއު. ކ. ހަދިޔާއެއް ނުވަތަ ޢިއްޒަތެއް ދިނުން.
bestride
ބިސްޓްރައިޑް. (bestrode, bestridden, bestriding) ކ. އެއްޗެއްގެ ދެފަރާތަށް ދެފައިލައި އިށީނުން. މ. އަހުގައި އިންނަ ގޮތަށް.
bet
ބެޓް. ނ. 1. މީހަކު ކަމެއް ވާނެގޮތްކަމަށް އޭނާ ލަފާކުރާގޮތް ނުބައިވިނަމަ، ކޮންމެވެސް އެއްޗެއް (މ. ފައިސާ) ދޫކޮށްލަން ޖެހޭކަމަށް ބުނެ ވާ އެއްބަސްވުމެއް. ހަރާދުކިއުން. 2. މިގޮތުން ދޭން އެއްބަސްވާ އެތި. ހަރާދު. 3. ކަމެއްގައި ކާމިޔާބުވާނެކަމަށް ލަފާކުރާ މީހާ ނުވަތަ އެތި. your best bet is to call tomorrow މިއީ ޢަމަލުކުރާނޭ އެންމެ ރަނގަޅު ގޮތް. 4. ނުރަސްމީ ބަހުރުވައިން ކުރިއަށް ލަފާކުރާގޮތް. މ. my bet is he will not come އަހުރެންނަށް ލަފާކުރެވޭ ގޮތަކީ އޭނާ ނާންނާނެ ކަމަށް. —ކ. (bet/betted, betting). 1. ހަރާދުކިއުން. ހަރާދުގެ ގޮތުގައި އެއްޗެއް ހުށަހެޅުން. 2. ނުރަސްމީ ބަހުރުވައިން ކުރިއަށް ވާނޭ ގޮތް ލަފާކުރުން. ވިސްނައިގެން ވާނޭގޮތް ބުނުން.
betake
ބިޓެއިކް. (betook, betaken, betaking) ކ. ތަނަކަށް ދިއުން. betake oneself. ދިއުން. މ. she betook herself to the house.
bête noire
ބެތްނުވާ. (ތ ކިޔާނީ ފިއްތިއަޑުން) މީހަކު ވަރަށް ރުޅިއަންނަ ނުވަތަ ނުރުހޭ އެއްޗެއް ނުވަތަ މީހެއް.
betide
ބިޓައިޑް. ކ. ކަމެއް އެއްޗަކަށް މެދުވެރިވުން. woe betide him މުސީބާތްތައް އޭނާއަށް ކުރިމަތިވާނެއެވެ.
betray
ބިޓްރެއި. ކ. 1. ހަތުރުންނަށް އެހީތެރިވެގެން ނުވަތަ ގެއްލުންދެނިވިކަމެއް ކޮށްގެން، ޤައުމަކަށް ނުވަތަ މީހަކަށް ބޭވަފާތެރިވުން. ޚިޔާނާތްތެރިވުން. 2. މީހަކަށް ބޭވަފާތެރިވުން. ތެދުވެރިނުވުން. 3. ގަސްދުގައި ނޫން ގޮތަކަށް ހާމަކުރުން. ނ. betrayal. ނ. betrayer.
betroth
ބިޓްރޮއުތް. (ތ ކިޔާނީ ފިއްތި އަޑަކަށް). ކ. ރަސްމީ ބަހުރުވައިން، މީހަކާ އިންނަށް އެއްބަސްވެ އިޤްރާރުވުން. ނ. betrothal.
better
ބެޓަރ. ނއ. 1. މާ ރަނގަޅު މަތިވެރި ބާވަތެއް، ވައްތަރެއް. one’s better feelings ޒަމީރު، އޯގާތެރި އިޙްސާސްތަކެއް. it’s against my better judgement އަހުރެންނަށް ހީވަނީ އެގޮތް ޙިކްމަތްތެރިއެއް ނޫން ހެނެވެ. 2. މުޅިން ނުވަތަ ކޮންމެވެސް މިންވަރަކަށް ބަލިގަނޑަކުން އަރައިގަނެވިފައިވާ. —ކއ. މާރަނގަޅު ގޮތަކަށް، ވައްތަރަކަށް، ދަރަޖައަކަށް، ބޭނުންތެރިގޮތަކަށް. we had better go ބުއްދިވެރިގޮތަކީ އަހުރެމެން ދިއުން. —ނ. އެހެން އެއްޗަކަށް ވުރެ ރަނގަޅު އެތި ނުވަތަ ގޮތް.—ކ. ކުރިއަށް ވުރެ ރަނގަޅުކުރުން، ކަމެއް ހުރިގޮތަށް ވުރެ ރަނގަޅުކުރުން. better half ސަމާސާ ބަހުރުވައިން އަނބިމީހާ. better oneself އިޖްތިމާޢީ މަސްރަޙްގައި ކުރިއަށް ވުރެ ރަނގަޅު މަޤާމަކަށް ނުވަތަ ހަރުފަތަށް އެރުން. better part ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައިން. betters ތިމާއަށް ވުރެ އެކިގޮތްގޮތުން މަތީ މީހުން. get the better of ހުރަސްތަކަކުން، ދަތިތަކަކުން، މައްސަލަތަކަކުން ފަދަކަމަކުން އަރައިގަނެ ކާމިޔާބު ހޯދުން. go one better އެހެން މީހަކު ކުރިވަރަށް ވުރެ ރަނގަޅަށް (ކަމެއް) ކުރުން.
better
ބެޓަރ. ނ. ހަރާދުކިޔާ މީހާ.
betterment
ބެޓަރމަންޓް. ނ. އެއްޗެއް ކުރިއަށް ވުރެ ރަނގަޅުކުރާ ކުރުން. އެ އެއްޗަކަށް އަންނަ ކުރިއެރުން.
betting-shop
ބެޓިން ޝޮޕް. ނ. ރާވައިގެން ހަރާދުކިޔާ ކަންކަން (މ. އަސްރޭސް ޖެހުން ފަދަ ކަންކަން) ކުރާއިރު ލިޔެކިޔުންތަކާއި ފައިސާގެ މުޢާމަލާތްތައް ކުރާ ފިހާރަ.
between
ބިޓްވީން. ޕރޕ. ކއ. 1. ދެ އެއްޗެއްގެ ނުވަތަ ދެމީހެއްގެ ނުވަތަ ދެ ތަނެއްގެ ދެމެދުގައި. 2. ދެ ކަމެއް ހިނގާ ނުވަތަ ދެއިރެއްގެ ދެމެދުގައިވާ ވަގުތުގައި. 3. އެއްޗެއް ދެބައިކުރާ. މ. the difference between right and wrong ތެދާއި ދޮގު ގެ ތަފާތު. 4. އެއް މަންޒިލުން އަނެއް މަންޒިލަށް. މ. this dhoani sails between Male’ and Baros މި ދޯނި ދުއްވަނީ މާލެއާއި ބަރޮސް އާ ދެމެދު. 5. ގުޅުވާ. މ. love between mother and daughter މަންމަ އާއި އަންހެން ދަރިފުޅާ ދެމެދު އޮންނަ ލޯބި. 6. ޙިއްޞާކުރެވޭ. މ. divide the money between you and me ފައިސާ ކަލެއާ މަށަށް ބައިއަޅައި ބަހާށެވެ. between you and me ކަލެއާ މަށާ ދެމެދު ސިއްރުގެ ގޮތުގައި ހިފަހެއްޓޭ. 7. އެކަތި އިޚްތިޔާރުކޮށް އަނެކަތި ދޫކޮށްލުން. choose between them ދެ އެތިން އެކަތި އިޚްތިޔާރު ކުރާށެވެ.
betwixt
ބިޓްވިކްސްޓް. ޕރޕ. ކއ. (އިހުގައި ބޭނުންކޮށް އުޅުނު ލަފުޒެއް) ދެމެދު، ދޭތެރޭގައި. between އާ މާނަ އެއްގޮތް. betwixt and between މެދުގައި.
bevel
ބެވްލް. ނ. 1. ދެ އަރިއެއް ޖެހޭ ކަން ކަތިކޮށްލާ ކޮށްލުން. ދާރަޖެހުމުގެ ޢަމަލު. މި ކަތި ދާރަ. 2. މިކަން ކުރަން ގެންގުޅޭ އާލަތެއް. —ކ. (bevelled, bevelling) ދާރަ ޖެހުން. އިނގިރޭސިބަހުގައި މި ދާރަ ޖެހުމުގެ ޢަމަލުގައި ބޮޑަށް މާނަކުރެވޭނީ ކަން 45 ދަރަޖަ ހުންނަ ގޮތަށް ޖެހުމަށެވެ.
beverage
ބެވަރިޖް. ނ. ކޮންމެ ބާވަތެއްގެ ނަމަވެސް ބޯ އެއްޗެއް.
bevy
ބެވީ. ނ. ކުންފުންޏެއް. ގިނަ މީހުންތަކެއް. ރެސް.
beware
ބިވެއަރ. ކ. ސަމާލުވެގެން ހުޝިޔާރުވެގެން ހުރުން.
bewilder
ބިވިލްޑަރ. ކ. ހައިރާންވުން. ނުވިސްނޭ ވަރަށް އޮޅުން. the question bewildered him. ނ. bewilderment.
bewitch
ބިވިޗް. ކ. 1. ޖާދޫގެ (ސިހުރުގެ) ބާރެއްގައި ޖެއްސުން ނުވަތަ ވުން. 2. ވަރަށް ބޮޑަށް ހިތްދަމައި ގަންނަ.
beyond
ބިޔޯންޑް. ޕރޕ. ކއ. 1. ވަކި ތަނަކަށް ނުވަތަ އެއްޗަކަށް ވުރެ ދުރުގައި. 2. ބޭރުގައި. އާއްމު ސަރަހައްދަށް ވުރެ ދުރުގައި. ވަކި ދާއިރާއަކަށް ވުރެ ބޭރުގައި. this is beyond repair މި ވަނީ މަރާމާތުކުރެވޭ ވަރަށް ވުރެ ބޮޑަށް ހަލާކުވެފައި. it is beyond me ތިމާއަށް ކުރެވޭ ވަރަށް ވުރެ ނުވަތަ އޮޅުންފިލާ ވަރަށް ވުރެ ބޭރުގައި. he lives beyond his income އޭނާގެ ދިރިއުޅުމުގެ ޚަރަދުތައް ލިބޭ އާމްދަނީއަށް ވުރެ ބޮޑު. 3. ފިޔަވައި. މީގެ އިތުރަށް. beyond doubt ޔަޤީން. ކަށަވަރު.
b.f.
ބީއެ.ފް. ކުރުކޮށް bloody fool.
b/f
ކުރުކޮށް brought forward ފަހަތު ޞަފުޙާގައިވާ ޢަދަދުތަކެއް އައު ޞަފުޙާއަކަށް ގެނެސްފައި.
Bhutan
ބޫޓާން. ނ. އިންޑިއާ އާއި ޓިބެޓް އާ ދެމެދުގައިވާ ޤައުމެއް. ނ. ނއ. Bhutanese.
biannual
ބައިއެނުއަލް. ނއ. އަހަރަކު ދެފަހަރު ފެންނަ ނުވަތަ ހިނގާ (ކަމެއް). ކއ. biannually.
bias
ބަޔަސް. ނއ. 1. އަމިއްލަ ޚިޔާލުން ނިންމާ ގޮތަށް އަސަރުކުރާތީ، ބޭއިންސާފުން ގޮތެއްގައި ވަކި މީހަކަށް ނުވަތަ ގުރޫޕަކަށް ބޮޑަށް ރުހެވުން. ގުރޫޕެއްގެ އެކައްޗަކަށް ނުވަތަ ޒުވާބެއްގެ އެއްކޮޅަށް ގަދައަށް ވާގިދޭ ޚިޔާލެއް، ޝުޢޫރެއް، ނުފޫޒެއް. ތަޢައްޞުބް. 2. ފޭރާން ފޮތީގައި އުއި ދުވާ މަގާ ކަތިކޮށް ހުންނަ މަގު. skirt is cut on the bias އިސްކާޓް ކަނޑަނީ އުއިހުންނަ ދަޅަޔަށް ކަތިވާގޮތަށެވެ. 3. ބައުލްސް ކުޅިވަރުގައި ގެންގުޅޭ ބޯޅައިގެ އެއްފަރާތް ބަރުކޮށްފައި އޮންނާތީ އެ ފުރޮޅާލީމާ ގުދަށް ކަތިވެގެން ދާ ގޮތް. —ކ. (biased, biasing) އެއްޗަކަށް ނުވަތަ ކަމަކަށް ތަޢައްޞުބެއް ނުވަތަ ނުފޫޒެއް ދިނުން. bias binding އަރިމަތީގައި އަޅަން އުއި ކައްޗަށް ކަނޑާފައި ހުންނަ ފޮތި ފީތާ.
bib
ބިބް. ނ. 1. ވަރަށް ކުޑަކުދިންނަށް ކާންދޭއިރު ދަތްދޮޅި ދަށުން ހެދުމުގެ މަތީގައި އަޅާ ފޮތިކޮޅެއް. މީގެ ބޭނުމަކީ މޭމަތި ކާތަކެތި ވެރިގެން ހަޑިވިޔަ ނުދިނުމެވެ. 2. އޭޕްރަންއެއްގެ އުނަގަނޑުން މަތީގެ ކުރިމަތީބައި. best bib and tucker އެންމެ ރަނގަޅު ރީތި ހެދުން.
Bible
ބައިބްލް. ނ. 1. ނަޞާރާދީނުގެ މުޤައްދަސް ފޮތް. 2. ޔަހޫދީންގެ މުޤައްދަސް ފޮތް. 3. މީގެ ކޮޕީއެއް، މުޞްޙަފެއް. 4. ކަންކަން އަޞްލު އޮންނަ ގޮތް އޮޅުންފިލުވައިދޭ އެކި މައުޟޫޢުތަކާ ބެހޭ މުހިއްމު ފޮތެއް.
biblical
ބިބްލިކަލް. ނއ. ނަޞާރާދީނުގެ މުޤައްދަސް ފޮތަށް ނިސްބަތްވާ.
bibliography
ބިބްލިއޮގްރަފީ. ނ. 1. ވަކި މީހަކު ލިޔެފައިވާ ނުވަތަ މައުޟޫޢުއަކާ ގުޅޭ ފޮތްތަކާއި މަޒުމޫނުތަކުގެ ލިސްޓެއް. 2. ފޮތްތައް އުފައްދާގޮތާއި އަދި އޭގެ ތާރީޚާ ބެހޭ ޢިލްމު. ނއ. bibliographical.
bicarbonate
ބައިކާބަނައިޓް. ނ. ކާބަނައިޓް ވައްތަރެއް.
bicentenary
ބައިސެންޓީނަރީ. ބައިސެންޓެނަރީ. ނ. ކަމެއް ހިނގިތާ 200 ވަނަ އަހަރީ ދުވަސް.
bicentennial
ބައިސެންޓެނިއަލް. ނއ. ކަމެއް ހިނގި ފަހުން، ދެން 200 އަހަރު ފުރޭ އަހަރަށް ނުވަތަ ދުވަހަށް ނިސްބަތްވާ. —ނ. މިފަދަ އަހަރެއް.
biceps
ބައިސެޕްސް. ނ. މުލައްދަނޑީގެ ކުރިމައްޗަށް ހުންނަ، އުޅަބޮށިލަނބާ މަސްގަނޑު.
bicker
ބިކަރ. ކ. ކުދިކުދި މުހިއްމު ނޫން ކަންތައްތަކާ އަބަދު އަރައިރުންވުން.
bicuspid
ބައިކަސްޕިޑް. ނއ. އުފުލިފައިވާ ދެ ބައި ހިމެނޭ. މ. ބައިކަސްޕިޑް ދަތް.
bicycle
ބައިސިކްލް. ނ. 1. ފައިން ފިޔަވަޅު އަނބުރައިގެން ދުއްވާ ދެފުރޮޅު ހުންނަ ދުއްވާ އެއްގަމު އުޅަނދެއް. ބައިސްކަލު. —ކ. ބައިސްކަލެއް ދުއްވުން. —ނ. bicyclist. bicycle clips ބައިސިކްލް ދުއްވާއިރު ފަޓުލޫނުގެ ފައިކުރި ހަޑިވެދާނެތީ އަޅުވާ ދެ ކްލިޕް.
bid
ބިޑް. ނ. 1. އެއްޗެއް ގަތުމަށް ހުށަހަޅާ އަގު، ޚާއްޞަކޮށް ނީލަމެއްގައި. 2. ތާސްބައިގެ ކުޅިގަނޑެއްގައި މޮޅުވުމަށް ހޯދާނެ ކަމަށް ބުނާ ޓްރިކްސް. 3. އެއްޗެއް ހޯދުމަށް ކުރާ މަސައްކަތް. މ. made a bid for popular support. —ކ. (bid, bidding) އަގެއް ހުށަހެޅުން. —ނ. bidder.
bid
ބިޑް. ކ. (bid, bade, bidden, bidding) 1. އަމުރުކުރުން. މ. do as you are bid ބުނާގޮތަށް ކަންތައް ކުރާށެވެ. 2. އަލްވަދާޢު ކިޔުމުގެ ގޮތުން ނުވަތަ މަރްޙަބާ ކިޔުމުގެ ގޮތުން ބުނުން. މ. bidding them good night.
biddable
ބިޑަބްލް. ނއ. އަމުރަށް ކިޔަމަންވާ.
bidding
ބިޑިން. ނ. އަމުރެއް. do a person’s bidding މީހަކު އަމުރުކުރާ ގޮތަށް ކަންކުރުން.
bide
ބައިޑް. ކ. މަޑުކުރުން. bide your time ރަނގަޅު ވަގުތެއް އަންނަންދެން މަޑުކުރުން. let it bide އިތުރު ޢަމަލެއް ނުކޮށް އެކަން އޮތްގޮތަށް ބާއްވާށެވެ. މ. The opposition was willing to abide by the ground rules, and bide its time.
bidet
ބީޑޭ. ބީޑެއި. ނ. ކުރިމަތިފަރާތާއި ފުރަގަސް ފަރާތް ދޮންނަން ހުންނަ ތިރި ތައްޓެއް.
biennial
ބައިއެނިއަލް. ނއ. 1. ދެއަހަރުން އެއް އަހަރު ހިނގާ ނުވަތަ ބާއްވާ (މ. ކަމެއް). 2. ދެ އަހަރު ވަންދެން ދިރިހުންނަ (މ.ގަހެއް) ނުވަތަ ހިނގާ ކަމެއް. —ނ. ދެ އަހަރު ދުވަހު ދިރިހުންނަ ގަސް {ފުރަތަމަ އަހަރު ހެދިފައި، ދެވަނަ އަހަރު މައު އާއި މޭވާ އަޅައި މަރުވާ. މ. ޕާސްލީ، ފިޔާގެ ބައެއް ވައްތަރު، ކެރޮޓް. ލީކްސް}
bier
ބިއަރ. ނ. ޤަބުރު ވަޅުލަން ގެންދާ އަށިގަނޑު. މީގެ ބައެއް ވައްތަރުތަކުގައި ހުންނާނީ ހަތަރުފުރޮޅު ލާފައި.
biff
ބިފް. ކ. ނުރަސްމީ ބަހުރުވައިން ޖެހުން. —ނ. ޖަހާ އެތިފަހަރެއް.
bifocals
ބައިފޯކަލްޒް. ނ. އައިނުގެ ވައްތަރެއް. މީގެ ލެންސްގައި ދުރުބަލަން ވަކި ބައެއް އަދި ކައިރި ބަލަން ވަކި ބައެއް ފާހަގަވާ ގޮތަށް ހުރެއެވެ.
big
ބިގް. ނއ. (bigger, biggest) 1. ބޮޑުމިން ނުވަތަ އަދަދު ނުވަތަ އަސަރު ބޮޑު. 2. ބޮޑަށް ހެދިފައި. ދޮށީ. މ. big sister. 3. މުހިއްމު. މ. big game. 4. ދެއްކުންތެރި، ފޮނިކަނޑާ. މ. big talk. 5. ނުރަސްމީ ބަހުރުވައިން ދީލަތި. މ. that is big of you. —ކއ. 1. ބޮޑު މިންވަރަކަށް. މ. think big. ކަމެއް ކުރެވޭނޭ ފުރިހަމަ ފުޅާ ގޮތަށް ފިކުރު ހިންގުން. 2. ކާމިޔާބުކޮށް. it went over big. Big Ben އިނގިރޭސިވިލާތުގެ ރައްޔިތުންގެ މަޖިލިހުގައި ހުންނަ ބޮޑު މުންނާރަކާއި އޭގައި ހުންނަ ގަޑިއެއް. Big Brother ރަނގަޅުކަމަށް ހެދިގެން، މީހުން ކޮންޓްރޯލްކޮށް، ވާނުވާ ގާތުންބަލާ ޤައުމެއްގެ ވެރިއެއް. big business ވަރަށް ފުޅާކޮށް ހިންގާ ވިޔަފާރި. big deal! އެމެރިކާގެ ނުރަސްމީ ބަހުރުވައިން “އަހުރެން ހައިރާނެއް ނުވޭ”. big dipper ކާނިވާތަކުގައި ހުންނަ ކުޑަ ރޭލެއް. މި ދަތުރުކޮށް އަވަސްއަވަހަށް ގޯޅިއަޅައި ހަދައެވެ. big end ކަނެކްޓިން ރޮޑްގެ ކްރޭންކްޝާފްޓް އާ ގުޅިފައި ހުންނަ ކޮޅު. big game ކުޅިވަރަށް މީހުން ޝިކާރަ ކުރާއިރު މަރާ ބޮޑެތި ޖަނަވާރު. މ. ސިންގާ. big gun ނުރަސްމީ ބަހުރުވައިން މުހިއްމު ބާރުވެރި މީހެއް. big head ނުރަސްމީ ބަހުރުވައިން ފޮނި ތިމާވަރުނެތް ކަމަށް ޤަބޫލުކުރާ މީހެއް. big-hearted ނއ. ވަރަށް އޯގާތެރި، ދީލަތި. big money ބައިވަރު ފައިސާ. big pot ނުރަސްމީ ބަހުރުވައިން މުހިއްމު މީހެއް. big stick ބާރު ބޭނުންކުރާނޭކަމަށް ދައްކާ ބިރު. big-time ނއ. ނުރަސްމީ ބަހުރުވައިން އެންމެ މަތީ، އެންމެ މުހިއްމު ފެންވަރުގެ. big toe ފައިގެ ބޮޑުވާ އިނގިލި. big top ޗަރުކޭހެއްގެ އެންމެ ބޮޑު ޓެންޓް. have big ideas މަތީ މަޤާމުތަކަށް، ބޮޑު މުއްސަނދިކަމަށް، އުސް ޙަޔާތަކަށް ޝައުޤުވެރިކަން ހުރި. too big for one’s boots ނުރަސްމީ ބަހުރުވައިން ބޮޑާކަން ހުރި.
bigamy
ބިގަމި. ނ. އެހެން މީހަކާ އިނދެގެން ހުރެ، އެހެން މީހަކާ އިނުން. މިއީ ބައެއް ޤައުމުތަކުގައި ޤާނޫނީ ކުށެއް. ނއ. bigamous. ނ. bigamist.
bight
ބައިޓް. ނ. 1. ރަށެއްގެ އައްސޭރިފަށް (ވޮއްޑުނިހެން) އެތެރެއަށް ވަދެ އެތަނުގައި އޮންނަ ކަނޑު ނުވަތަ ފަޅު. 2. ވަލެއްގެ ބޮޅެއް ނުވަތަ ބުޅިހެން ގުދު ބައެއް.
bigot
ބިގޮޓް. ނ. އެމީހަކު ޤަބޫލުކުރާ ގޮތެއްގައި ބަދަލުވުމެއް ނެތި ހުންނަ، އަދި އެގޮތްތައް އެހެން މީހުންނަށް ކަމުނުދާ ނަމަ، އެމީހުންދެކެ ރުޅިއަރާ މީހެއް. މުތަޢައްޞިބް. ނއ. .bigoted ހަނިކޮށް ވިސްނާ އެހެން ގޮތްތަކަށް ކެތްތެރިކަން ނުހުންނަ. ނ. bigotry މ. މި ޝަޚްޞީ ސިފަ.
bigwig
ބިގްވިގް. ނ. ނުރަސްމީ ބަހުރުވައިން ބޮޑުން.
bike
ބައިކް. ނުރަސްމީ ބަހުރުވައިން ނ. ބައިސްކަލު ނުވަތަ ސައިކަލު. —ކ. މިފަދަ އުޅަނދެއްގައި ދަތުރުކުރުން.
bikini
ބިކިނި. ނ. ކިރިޔާ އޮރިޔާން ނިވާވާ ވަރުގެ ވަރަށް ކުރު ތިރިއަކާއި ވަރަށް ކުރު މައްޗެއް ހިމެނޭ އަންހެނުންގެ މޫދު ހެދުމެއް.
bilateral
ބައިލެޓަރަލް. ނއ. ދެ ފަރާތް ހިމެނޭ. ދެ ފަރާތުގެ. bilateral agreement ދެ މީހެއް ނުވަތަ ދެ ޤައުމެއް، ޖަމާޢަތެއް ފަދަ ބައެއްގެ މެދުގައި ވެވޭ އެއްބަސްވުމެއް. ކއ. bilaterally.
bilberry
ބިލްބެރި. ނ. ބްލޫބެރީގެ ސިފައަށް ހާމަ ދަނޑުތަކުގައި ހެދޭ ގަހެއް.
bile
ބައިލް. ނ. ސަރުބީ ހަޖަމުކުރުމަށް، ލިވަރ އިން އުފައްދާ ގޯލްބްލެޑަރ ގައި އެއްކޮށްފައި ހުންނަ ހިތި ރީނދޫ ދިޔައެއް. ޞަފްރާއު.
bilge
ބިލްޖް. ނ. 1. މޫދުގައި ދުއްވާ އުޅަނދެއްގެ ފުލުގެ ބޭރާއި އެތެރެ. 2. އުޅަނދުގެ ފުލުގައި ހުންނަ ފެން. ދިޔަ. 3. ނުރަސްމީ ބަހުރުވައިން ބޭކާރު ވާހަކަ ނުވަތަ ޚިޔާލު.
bilingual
ބައިލިންގުއަލް. ނއ. 1. ދެ ބަހުން ލިޔެފައިވާ. 2. ދެބަސް ދަންނަ. ދުއިބަސްވެރި.
bilious
ބިލިއަސް. ނއ. 1. ބައިލް ގިނަވުމުގެ ސަބަބުން ހޮޑުލަވާ. 2. ރީނދޫފޫޑުވެފައި ހުރި. މި ކުލަ. biliousness ނ. މި ބަލި.
bilk
ބިލްކް. ކ. ދަރަނި ނުދައްކައި ރައްކާވުން. މަކަރު ހެދުން.
bill
ބިލް. ނ. 1. ކޮށްދިން ޚިދުމަތް ނުވަތަ ގަތް މުދަލުގެ ތަފްޞީލް ހިމެނޭ ލިޔުމެއް. 2. އިސްތިހާރު ގަނޑެއް. 3. މުނިފޫހިފިލުވުމުގެ ޕްރޮގްރާމެއް. 4. ރައްޔިތުންގެ މަޖިލިހަށް މަޝްވަރާއަށް ހުށަހަޅާ ޤާނޫނެއްގެ ދެލިކޮޕީ. ޤާނޫނު ފާސްވުމުން ކިޔަނީ Act އެވެ. 5. އެމެރިކާގެ ބަހުރުވައިގައި ބޭންކް ނޯޓް. މ. 100 ޑޮލަރުގެ ބިލެއް. 6. ސެޓިފިކެޓެއް. މ. a clean bill of health ޞިއްޙަތުގައި މައްސަލައެއް ނެތްކަމަށް ބުނާ ބުނުން. —bill ކ. 1. ބިލެއް މެދުވެރިކޮށް އިޢުލާނުކުރުން ނުވަތަ އިސްތިހާރު ކުރުން. 2. އަގުތައް ލިޔެ ނޯޓެއް ފޮނުވުން. bill of exchange ވަކި ދުވަހަކު، ވަކި މީހަކަށް ނުވަތަ ހިފައިގެންދާ މީހާއަށް، ވަކި ޢަދަދެއްގެ ފައިސާ ދިނުމަށް ލިޔެ ބޭންކް އަށް އަންގާ ލިޔުމެއް. bill of fare މެންޔޫ. ސައި ހޮޓަލެއް ފަދަ ތަނެއްގައި ވިއްކަން ހުރި ތަކެއްޗާއި އަގު. bill of lading އުޅަނދެއްގައި މުދައު ފޮނުވާއިރު، ދާގީނާގައި ހުރި ތަކެތީގެ ތަފްޞީލު. fill the bill ބޭނުންވާ ކަމެއް ކުރާ. ޖެހުނުކަމެއް ކުރާ.
bill
ބިލް. ނ. ދޫންޏެއްގެ ތުން. —ކ. ކޮތަރު ފަދަ ދޫނި ތުމުން އެހެން ކޮތަރެއްގައި ފިރުމުން.
billet
ބިލިޓް. ނ. 1. އަސްކަރުންނާއި ނުރައްކާތެރި ތަނަކުން ސަލާމަތްކުރާ ބަޔަކު ވަގުތީ ގޮތުން ތިބޭ ގެއެއް ނުވަތަ އެހެންވެސް ޖާގައެއް. 2. ނުރަސްމީ ބަހުރުވައިން މަޤާމެއް ނުވަތަ ވަޒީފާއެއް. —ކ. ބިލިޓް އަކަށް މީހަކު ލުން.
billet-doux
ބިލޭޑޫ. ނ. ލޯބީގެ ސިޓީ.
billhook
ބިލްހުކް. ނ. އޮފި ކަނޑަށް ގެންގުޅޭ ބުޅި ތިލައެއް އެއްކޮޅުގައި ހުންނަ މުއްގަނޑު ދިގު ވަޅިއެއް.
billiards
ބިލިއާޑްސް. ނ. ފޮތި ޖެހި މޭޒެއްގައި ތިން ބޯޅައިން ކުޅޭ ކުޅިވަރެއް. މި ބޯޅަތައް ޖަހަން ގެންގުޅެނީ ކިޔޫ ކިޔާ ދަނޑިއެކެވެ. bar billiards ވަޅުތަކެއް ހުންނަ މޭޒެއްގައި ބޯޅަތަކެއް ދަނޑިއަކުން ޖަހާ ވައްޓަމުން ކުޅޭ ކުޅިވަރެއް.
billion
ބިލިއަން. ނ. 1. މިލިއަން މިލިއަން. 2. އެއްހާސް މިލިއަން. މިހާރަކަށް އައިސް ބޭނުންކުރަނީ ފަހު މާނައިގައި. ނއ. ނ. billionth.
billow
ބިލޮއު. ނ. ބޮޑުސިންގާ ރާޅެއް. — ކ. ބޮޑު ރާޅެއްހެން މައްޗަށް އެރުން ނުވަތަ އުރުއްޓުން. މ. smoke billowed forth.
billy
ބިލީ. ނ. ކޭމްޕުތަކުގައި ހޫނުފެން ކައްކަން ގެންގުޅޭ އެލުވޭ ގޮތަށް ހުންނަ ދަޅުބުރިއެއް. ތެއްޔެއްގެ ގޮތުގައި ބޭނުންކުރެވޭ މަތި ޖެހޭ މިފަދަ ތަކެތި.
billy-goat
ބިލީ-ގޯޓް. ނ. ފިރިހެން ބަކަރި. ގިތެޔޮ.
billy-o
ބިލީ-އޯ. ކއ. ނުރަސްމީ ބަހުރުވައިން like billy-o ވަރަށް ގަދައަށް. މ. މަސައްކަތް ކުރާކުރުން.
bimonthly
ބައިމަންތްލީ. (ތ ކިޔާނީ ފިއްތިއަޑަކުން). ނއ. 1. ދެމަހުން އެއް މަހު ވާ (ކަމެއް.) 2. މަހަކު ދެފަހަރު ވާ (ކަމެއް).
bin
ބިން. ނ. 1. ގޮވާން، ފުއް ފަދަ ތަކެތި އަޅަން ބޭނުންކުރާ މަތިޖެހޭ ބޮޑު ޓައްޕެއް. 2. ކުނި އަޅަން ގެންގުޅޭ ވަށިގަނޑެއް.
binary
ބައިނަރި. ނއ. ދެ އެތީގެ. ދެބައި ހިމެނޭ. ދެ އެއްޗަށް ނިސްބަތްވާ. ކޭލިހަމަވާ. binary digit or number ހަމައެކަނި ދެ ޢަދަދު، 0 އާއި 1 ބޭނުންކޮށްގެން ލިޔާ ހިސާބު ޢަދަދު. މި ދެ ޢަދަދު ބޭނުންކޮށްގެން ހިސާބު ކުރާ ނިޒާމަށް ކިޔަނީ ބައިނަރީ ސިސްޓަމް އެވެ. binary star އެއްތަރި ވަށައިގެން އަނެއް ތަރި އެނބުރޭ ދެ ތަރި.
bind
ބައިންޑް. (bound, binding) ކ. 1. އެއްސުން. ބަނުން. ހައްޔަރުކުރުން. 2. އެއްކޮށް ހިފެހެއްޓުން. އެކަތިގަނޑަކަށް ހެދުން. bound by ties of friendship ރަޙްމަތްތެރިކަމުގެ ގޮށުން ބަނދެވިފައިވާ. 3. ފީތާއަކުން ނުވަތަ މާރަކުން ވަށައިގެން ހިފެހެއްޓުން. މ. bind up the would ފާރުގަނޑު ނުވަތަ ޒަޚަމް ބެންޑިޖް ކުރާށެވެ. 4. އެއްޗެއްގެ އަރިމަތި، ރީތިކުރަން ނުވަތަ ވަރުގަދަކުރަން އެއްސުން. 5. ފޮތެއްގެ ގަނޑުތައް އައްސައި ބަނޑޭރިގަނޑެއްގެ ތެރެއަށް ލުން. 6. އެކަތިގަނޑެއްގެ ގޮތުގައި ތަތްލައި ހަރުލުން. މ. bind the mixture using egg-yolk ގޮބޮޅި ބޭނުންކޮށްގެން މެކުވި ތަކެތި އެއްކޮށްލާށެވެ. 7. ޤާނޫނީ އެއްބަސްވުމެއްގެ ގޮތުގައި ނުވަތަ ޒިންމާއެއްގެ ގޮތުގައި ހަމަޖެއްސުން. he was bound over to pay the debt ދަރަނި އަދާކުރުމަށް އޭނާ ޒިންމާކުރުވެއެވެ. 8. ނުރަސްމީ ބަހުރުވައިން ކުދިކިޔުން. ޝަކުވާކުރުން. 9. ނުރަސްމީ ބަހުރުވައިން ފޫހިކުރުވުން. ވަރުބަލިކުރުވުން. —ނ. ނުރަސްމީ ބަހުރުވައިން ފޫހި މީހެއް ނުވަތަ އެއްޗެއް. އުނދަގުލެއް.
binder
ބައިންޑަރ. ނ. 1. އެއްޗެއް ވަކިވެގެން ބައިބައިވެގެން ނުދާނޭގޮތަށް އައްސާ މީހާ ނުވަތަ އެތި. 2. ފޮތް ހަންޖަހާ މީހާ. 3. ދަނޑުތަކުގައި ގޮވާން ކުރީމާ ހުންނަ ހުއި ބަންޑެއްޔަކަށް އައްސާ މެޝިން. 4. ވަކި ކަރުދާސް ލުމަށް ހުންނަ ފައިލް.
bindery
ބައިންޑަރި. ނ. ފޮތުގައި ހަންޖަހާ ފިހާރައެއް.
binding
ބައިންޑިން. ނ. 1. ކާރި އަޅަން ގެންގުޅޭ ފީތާ ފޮތި. 2. ފޮތުގެ ގަނޑުތައް އެއްކޮށް ހިފަހައްޓާ ބޭރު ގަނޑު. —ނއ. ޤަނޫނީ ގޮތުން ވާޖިބުވާ. ކުރަންޖެހޭ. the agreement is binding on both parties އެއްބަސް ވުމަށް ޢަމަލުކުރަން ދެފަރާތަށް ލާޒިމުވެގެން ވުން.
bindweed
ބައިންޑްވީޑް. ނ. ތާޅަފިލި ސިފައިގައި ހުންނަ މަލެއް އަޅާ ވިނައެއް.
bine
ބައިން. ނ. ވެލުގެ ގަސްކަނދުގަނޑު. ފަތްތައް ހުންނަ ވައު އޮފި؛ ޚާއްޞަކޮށް ހޮޕްސް ގެ.
bingo
ބިންގޯ. ނ. ނަންބަރުތަކެއް ޖަހާފައި ހުންނަ ކަރުދާސް ގަނޑެއް ބޭނުންކޮށްގެން ކުޅޭ ޖުވާގެ ކުޅިވަރެއް. މި ކުޅިވަރުގައި ތަރުތީބެއް ނެތް ނަންބަރުތަކެއް ގޮވާނެއެވެ. މީހާ އަތުގައި އޮންނަ ކަރުދާސްގަނޑުގައި އެ ނަންބަރުތައް ހުންނަ ގޮތުން މޮޅުވެ ދެރަވެއެވެ.
binge
ބިންޖް. ނ. ރާބުޔުމާއި، ކެއުމާއި މަޖާނެގުމުގެ ވަގުތުތަކެއް.
binnacle
ބިނަކްލް. ނ. އާގުބޯޓު ފަހަރުގައި ސަމުގާ ބަހައްޓަން ހަދާފައި ހުންނަ ދަގަނޑު ނުހިމެނޭ ހަރެއް.
binoculars
ބިނޮކިޔުލާޒް. ނ. ދުރުގައި ހުންނަ ތަކެތި ކައިރިކަމަށް ދައްކާ ލެންސް ލީ ދެ ހޮޅިބުރި. ދުރުމި.
biochemistry
ބައިއޯކެމިސްޓްރީ. ނ. ދިރުން ހުންނަ ތަކެތީގެ ކެމިސްޓްރީ އާ ބެހޭ ޢިލްމު. ނއ. biochemical. ނ. biochemist.
biodegradable
ބައިއޯޑިގްރޭޑަބްލް. ނއ. ތިމާވެށީގައި ހިމެނޭ ބެކްޓީރިއާއިން ފަނާކުރުވަނިވި. މ. ޕްލާސްޓިކް.
biography
ބައިއޯގްރަފި. ނ. އެހެން މީހަކު ލިޔެފައިވާ މީހެއްގެ ޙަޔާތުގެ ވާހަކަ. ނއ. biographical. ނ. biographer. މިފަދަ ވާހަކަ ލިޔާ މީހެއް.
biology
ބައިއޮލޮޖި. ނ. ދިރުމާއި ދިރުން ހުރި ތަކެތީގެ ސިފަތަކާ ބެހޭ ސައިންސްގެ ޢިލްމު. ނއ. biological. ކއ. biologically. biological warfare އަދާވަތްތެރީންގެ މެދުގައި ޤަޞްދުގައި ބަލި ފެތުރުން. biologist ނ. ދިރުން ހުންނަ ތަކެތީގެ ޢިލްމުގެ މާހިރެއް.
bionic
ބައިއޮނިކް. ނއ. 1. ބައިއޮނިކްސް އަށް ނިސްބަތްވާ. 2. (މީހެއް ނުވަތަ އޭނާގެ ޙިއްސުތަކަށް ނިސްބަތްކޮށް) އިލެކްޓްރޮނިކްސް އިން މަސައްކަތްކުރާ، ޠަބީޢީ ގުނަވަންތައް ނުވަތަ ޙިއްސުތަކެއް ނޫން. bionics ނ. ދިރުން ހުރި ގުނަވަންގޮތަށް މަސައްކަތްކުރާ މީހުން ހަދާ ތަކެތީގެ ޢިލްމު.
biopsy
ބައިއޮޕްސި. ނ. ދިރުން ހުރި ގުނަވަނަކުން ބަލިހުރިތޯ ބަލަން ނަގާ ބައެއްގެ ތަޙްޤީޤްތައް.
biorhythm
ބައިއޮރިދަމް. ނ. މީހެއްގެ ޙަޔާތުގައި، ޖިސްމާނީ، ފިކުރީ އަދި ނަފްސާނީ ކަންކަމަށް އަސަރުކުރާ ކަމަށް ބުނާ ދައުރުވަމުންދާ ވަގުތުތަކުގެ ބުރެއް.
bipartisan
ބައިޕާޓިޒަން. ނއ. ދެ ނުވަތަ އެއަށް ވުރެ ގިނަ ސިޔާސީ ޕާޓީ ހިމެނޭ.
bipartite
ބައިޕާޓައިޓް. ނއ. ދެ ބައި ހިމެނޭ. ދެ ޖަމާޢަތެއް ޙިއްޞާވާ ނުވަތަ ބައިވެރިވާ.
biped
ބައިޕެޑް. ނ. ދެފައި ހުންނަ ޖަނަވާރެއް.
biplane
ބައިޕްލޭން. ނ. އިހުގައި ދުއްވާ އުޅުނު މަތިންދާ ބޯޓެއް. މި ބޯޓުގެ ފިޔަ މަތީގައި އިތުރު ފިޔައެއް ހުރެއެވެ.
birch
ބާރޗް. ނ. 1. ތޮށި އޮމާން ހިމަ އޮފި ހުންނަ، ފިނި މޫސުމުގައި ފަތްފައިބާ ގަހެއް. 2. މިގަހުގެ ލަކުޑި. 3. ވިޔާނުދާ ގޮތަށް އުޅޭ ކުދިންގެ ގައިގައި ތަޅަށް ގެންގުޅޭ މި ގަހުގެ އޮފިތަކެއް. —ކ. މިއިން ތެޅުން.
bird
ބާރޑް. ނ. 1. ދެ ފިޔަ އާއި ދެ ފައި ހުންނަ ޖަނަވާރެއް. ދޫނި. 2. ނުރަސްމީ ބަހުރުވައިން މީހެއް. މ. he is a cunning bird. 3. ނުރަސްމީ ބަހުރުވައިން ޒުވާން އަންހެނެއް. 4. ނުރަސްމީ ބަހުރުވައިން ޖަލު ހުކުމެއް. bird of paradise ނިއު ގިނީގައި އުޅޭ ފިޔައިގެ ކުލަތަކާއި ބައްޓަންތައް ރީތި ދޫންޏެއް. bird’s-eye view އެއްޗެއް ނުވަތަ ތަނެއް މަތިން ފެންނަ ގޮތް. bird-table ދޫންޏަށް ކާއަޅާ މޭޒެއް. bird-watcher އޭގެ މާހައުލުގައި ދޫނިއުޅޭ ގޮތް ދަސްކުރާ މީހެއް. get the bird މަލާމާތްކޮށް އަޑުލައްވައި ފުރައްސާރަ ކުރުން. strictly for the birds ދޭސީ. އާދައިގެ. މުހިއްމު ނޫން. ފޫހިކަމާއެކު އެއްޗެއް ދުށުން.
birdie
ބާރޑި. ނ. 1. ނުރަސްމީ ބަހުރުވައިން ކުޑަ ދޫންޏެއް. 2. ގޮލްފުގައި ލިބޭ ޕޮއިންޓެއް.
birdseed
ބާރޑްސީޑް. ނ. ކޮށީގައި ގެންގުޅޭ ދޫންޏަށް ހަދައިފައި ހުންނަ އޮށުގެ ތައްޔާރީ ކާނާއެއް.
biretta
ބިރެޓަ. ނ. ނަޞާރާދީނުގެ ބައެއް އިސް ވެރިން އަޅާ ހަތަރެސްކަން ތާކިހަލެއް.
Biro
ބައިރޯ. ނ. (ވިޔަފާރި މަރުކާއެއް). ބޯލް-ޕޮއިންޓް ގަލަމެއް.
birth
ބާތް. (މިލަފުޒު ކިޔާއިރު ތ ކިޔާނީ ފިއްތި އަޑެއްގެ ގޮތުގައި). ނ. 1. އަންހެން ހައިވާނެއް ނުވަތަ މީހެއްގެ ފަރާތުން ދަރިއެއް ވިހާ ވިހެއުން. 2. އުފެދުން. މަތިފުއް. he is of noble birth އޭނާއަކީ މަތިފުއް މޮޅު މީހެކެވެ. birth certificate މީހާ އުފަންވި ތަނާއި ވަގުތާއި ބެލެނިވެރިން ލިޔެފައި އޮންނަ ރަސްމީ ފަތެއް. birth-control ބަލިވެއިނުން ކޮންޓްރޯލް ކުރުން. birth rate ވަކި އަހަރަކު ވަކި ތަނެއްގައި ދިރިއުޅޭ ކޮންމެ 1000 މީހެއްގެ ތެރެއިން ލިބުނު ދަރިންގެ (ވިހޭ މީހުންގެ) ޢަދަދު. give birth to ދިރުން ހުރި އެއްޗަކުން އޭގެ ކުޑަ އެއްޗެއް އުފަންވުން.
birthday
ބާތްޑެއި. ނ. މީހަކު ވިހޭ ދުވަހަށް ފަހު، އަހަރު ފުރޭ ދުވަސް. އުފަން ދުވަސް. birthday honours ރަދުންގެ ނުވަތަ ރާނީގެ އުފަންދުވަހު، ބައެއް ޤައުމުތަކުގައި، ރަށުގެ ބައެއް މީހުންނަށް ދޭ ލަޤަބު ނުވަތަ ޢިއްޒަތް. birthday suit އުފަންވާއިރު އޮންނަ ފަދައިން، އެއްވެސް ހެދުމެއް ނިވާކަމެއް ނެތި. އޮރިޔާންވެގެން ވުން.
birthmark
ބާތްމާކް. ނ. އުފަންވާއިރު މީހެއްގެ ހަންގަނޑުގައި ހުންނަ ލަފު. އުފަންލަފު.
birthplace
ބާތްޕްލެއިސް. ނ. މީހަކު އުފަންވާ ރަށް، ސަހަރު، ގެ.
birthright
ބާތްރައިޓް. ނ. މީހަކު ވިހޭ އާއިލާގެ ސަބަބުން އޭނާއަށް ލިބޭ ޚާއްޞަ ލަޤަބެއް ނުވަތަ މުދަލެއް/ބިމެއް. މިސާލަކަށް ރަސްކަލެއްގެ އެންމެ ދޮށީ މަނިއްޕުޅަށް ރަސްކަން ލިބޭގޮތަށް.
biscuit
ބިސްކިޓް. ނ. 1. ގޮދަންފުށުގެ ފޮނި ފުށްގަނޑެއް ތުނިކޮށް ދަމައި ހަރުވަންދެން ފިހެފައިވާ އެއްޗެއް. ބިސްކޯދު. 2. އެމެރިކާގެ ބަހުރުވައިގައި ކުޑަ ކޭކެއް. 3. މަޑު މުށިކުލަ.
bisect
ބައިސެކްޓް. ކ. އެއްވަރުގެ ދެ ބަޔަށް އެއްޗެއް ބެހުން. ނ. bisection. ނ. bisector.
bisexual
ބައިސެކްޝުއަލް. ނއ. 1. ދެ ޖިންސަށް ނިސްބަތްވާ. 2. އެއް ޖިސްމެއްގައި ފިރިހެން އަދި އަންހެން ޖިންސީ ގުނަވަން ހިމެނޭ. 3. އަންހެނުންނާއި ފިރިހެނުންނަށް ޖިންސީގޮތުން ހިތްކިޔާ މީހެއް. ނ. bisexuality.
bishop
ބިޝޮޕް. ނ. 1. ޝަހަރެއް ފަދަ ބޮޑު އަވަށެއްގައި ވެރިއަކަށް ހުންނަ ނަޞާރާދީނުގެ ބޮޑެއް. ބޮނދު. ރާހިބު. 2. ރާޒުވާ ކުޅިބައިގެ ބޮނދު. bishop sleeves އަތުކުރީގައި ރޫ ޖައްސާފައި ހުންނަ ހެދުމުގެ ފުޅާ އަތެއް.
bishopric
ބިޝޮޕްރިކް. ނ. ބޮނދު ނުވަތަ ރާހިބުގެ ވެރިކަން ނުވަތަ އެކަމުގެ މުއްދަތު. އޭނާގެ އޮފީސް. އޭނާ ބަލަހައްޓަން ޖެހޭ އަވަށް.
bismuth
ބިޒްމަތް. (ތ ކިޔާނީ ފިއްތި އަޑެއްގެ ގޮތުގައި). ނ. ރިހި ކުލައަކަށް ހުންނަ އުންސުރެއް، މަޢުދަނެއް. މި ބޭނުންކުރަނީ މޭކަޕް ކުރާ ފުއް، ފައުންޑޭޝަން ފަދަ ތަކެތި ހެދުމަށާއި، އެހެން މަޢުދަންތަކާ އެއްކޮށްގެން ތަކެތި އުފެއްދުމަށެވެ. މިއީ ދަށް ހޫނެއްގެ ވިރޭ މަޢުދަނެއްކަމުން އަލިފާން ރޯވިކަން ދެނެގަތުމަށް އުފައްދާ ސެންސަރުތަކުގައި މި ބޭނުން ކުރެއެވެ.
bison
ބައިސަން. ނ. އުތުރު އެމެރިކާ އާއި އުތުރު ޔޫރަޕުގައި ދިރިއުޅޭ މީގޮނާ ވައްތަރު ޖަނަވާރެއް. މިއީ އޮޅުކޮށްގެން ގެންގުޅޭ އެއްޗެއް ނޫނެވެ.
bistro
ބީސްޓްރޯ. ނ. ފަރަންސޭސި ވިލާތުގައި ހުންނަ ކުޑަ އާދައިގެ ރެސްޓަރޯންޓްއެއް ނުވަތަ ރާބޯ ފިހާރައެއް.
bit
ބިޓް. ނ. 1. އެއްޗެއްގެ ނުވަތަ ކަމެއްގެ ވަރަށް ކުޑަ މިންވަރެއް. ފުކެއް. I am a bit angry އަހުރެން ވަރަށް ކުޑަކޮށް ރުޅިއައިސް ފިއެވެ. it is a bit of a nuisance (މަޖާޒީ މާނައިގައި) އެކަމަކީ ބޮޑު ނޮހޮރުއްޕާނެކެވެ. it takes a bit of doing އެއީ ވަރަށް އުނދަގޫ ކަމެކެވެ. 2. ކުރު ދުރުމިނެއް ނުވަތަ ވަގުތެއް. wait a bit ކުޑައިރުކޮޅެއް ވަންދެން މަޑުކޮށްލާށެވެ. bit by bit މަޑުމަޑުން. bit part ނުރަސްމީ ބަހުރުވައިން ފިލްމެއްގެ ނުވަތަ ތަމްސީލެއްގެ ކުޑަ ތަންކޮޅެއް. bits and pieces ކުދި ސާމާނުތައް. do one’s bit ނުރަސްމީ ބަހުރުވައިން އެމީހަކާވީ މަސައްކަތް ކުރުން.
bit
ބިޓް. ނ. 1. އަހުގެ ލަގަނުގެ ބައެއް. އަހުގެ އަނގައިގެ ތެރޭގައި ހުރަސްވާގޮތަށް ލާފައި އޮންނަ ދަގަނޑު ފޯއްޔެއް. 2. އާލަތެއް އެނބުރުމުން ބުރިކުރާ، ގާނާ، ހިފަހައްޓައި، ތޮރުފާ ފަދަ އޭގެ ވަޒީފާ އަދާކުރާ ތަންކޮޅު. މ. ބުރުމާގެ ކަށި. take the bit between one’s teeth ކޮންޓްރޯލު ގެއްލުން.
bit
ބިޓް. ނ. ކޮމްޕިއުޓަރުތަކުގައި އެކި ކަންކަން ރަމްޒުކުރަން ބޭނުންކުރާ ދެ އެތިން އެކަތި. މި ލަފުޒު ހަދާފައިވަނީ BI(nary digi)T އިންނެވެ.
bit
ބިޓް. ބަލާ bite.
bitch
ބިޗް. ނ. 1. ކުއްތާއެއް، ހިޔަޅެއް، ޒިއުބެއް ފަދަ އެއްޗެއްގެ އަންހެން އެތި. 2. ނުރަސްމީ ބަހުރުވައިން ނުލަފާ އަންހެނެއް. 3. ނުރަސްމީ ބަހުރުވައިން ދުއްތުރާ ދޭ ކަމެއް ނުވަތަ އެއްޗެއް. —ކ. ނުރަސްމީ ބަހުރުވައިން މީހަކަށް ނަފްރަތާއި ހަސަދަ އޮތް ގޮތަށް ވާހަކަ ދެއްކުން. ނެތިމޮށުން. ޝަކުވާކުރުން. —ނއ. bitchy. ނ. bitchiness.
bite
ބައިޓް. (bit, bitten, biting) ކ. 1. ދަތް އެޅުން. ދަތުން ބުރިކޮށްލުން، ވަކިކޮށްލުން. this dog bites މިއީ މީހުންގައި ދަތްއަޅާ ކުއްތާއެއް. 2. (ހަޝާރާއާ މެދު) ކަށިޖެހުން. (ހަރުފައާ މެދު) ތޫނު ދެތިން ދަތެއް ކޮއްޕައިގެން ވިހަ އެތެރެއަށް ދުއްވައިލުން. ދަތް އެޅުން. 3. އެމުގައި ހިފުން. މ. މަހެއް ބުޅީގައިވާ އެމުގައި ދަތް އެޅުން. the fish are biting. 4. ގަދައަށް (ނުކައްސާ ގޮތަށް) ހިފުން. މ. wheels can’t bite on a slippery surface ފުރޮޅުތައް ކައްސާ ސަޠަޙައެއްގައި ނުހިފާނެއެވެ. —bite ނ. 1. ދަތްއަޅާ އެޅުން. 2. މިކަމުން އުފެދޭ ފާރު. 3. ދަތްއަޅައި އެއްފަހަރާ އުތުވާލާ މިންވަރު. 4. ކާން ކަމުދާ ކާނާ. ކުޑަ ކެއުމެއް. 5. މަހެއް އެން ކާލާ ކާލުން. 6. ގަދައަށް ހިފާ ނުވަތަ ހިފަހައްޓާ ހިފެހެއްޓުން. the drill has no bite ބުރުމާ ކަށިން ތޮރުފުމަށް ތޮރުފާ އެތީގައި ނުހިފައެވެ. (ހުހަށް އެނބުރެނީއެވެ.). 7. އެއްޗެއް ހަފާއިރު ދަތްޕިލާ ލައްޕާލާ ގޮތް. މ. ބައެއް މީހުންގެ މަތީ ދަތްޕިލާ، ތިރީ ދަތްޕިލައިގެ ބޭރަށް ހުރެއެވެ. އަނެއް ބައިމީހުންގެ މަތީ ދަތްޕިލާ ހުންނަނީ ތިރީ ދަތްޕިލައިގެ އެތެރޭގައެވެ. —ނ. biter. bite a person’s head off ރުޅިވެރި ޖަވާބެއް ދިނުން. bite off more than one can chew މީހާއަށް ކުރެވޭ ވަރަށް ވުރެ ބޮޑަށް ކަމެއް ކުރަން އުޅުން. bite the dust ޒަހަމުވެގެން ވެއްޓި މަރުވުން. the biter bit މީހަކަށް އަނިޔާއެއް ދޭން ނުވަތަ މަކަރު ހަދަން އުޅުނު މީހާއަށް އެކަން މެދުވެރިވުން. ”ތޫނު ކުރި އިލޮށި އަމިއްލަ ލޮލަށް ހެރުން.“ what is biting you? ނުރަސްމީ ބަހުރުވައިން: ކަލޭ ފިކުރު ބޮޑުކުރަނީ ކޮން ކަމަކާހޭ؟
biting
ބައިޓިން. ނއ. 1. ގަދަ ރިހުމެއް އުފައްދާ. މ. biting cold; wind. 2. (މީހަކު ދޭ ޖަވާބަކާ މެދު) ރުޅިވެރި، ކުށްދައްކާ.
bitten
ބިޓްން. ބަލާ bite.
bitter
ބިޓަރ. ނއ. 1. ރަހައިގެ ގޮތުން ހިތި. ފޮނި ނޫން. bitter beer ހޮޕްސްގެ ރަހަ ގަދަ ބިއަރު. 2. ސިކުނޑިއަށް ނުތަނަވަސްކަން ގެނުވާ. ހިތާމަ ގެނުވާ. 3. ސިކުނޑިއަށް ތަދު ނުވަތަ ރުޅިވެރިކަން ގެނުވާ. މި އަސަރުތައް އުފައްދާ ނުވަތަ ފެންނަ. a bitter remark މިފަދަ އަސަރުކުރުވާ ބަހެއް، އިބާރާތެއް. 4. ކަށީގެ ތެރެއަށް ފުރޭނިގެން ވަންނަ ފިނިކަން ގަދަ. މ. a bitter wind ފިނިކަން ގަދަ ވައިރޯޅި. —ނ. ބިޓަރ ބިއަރު. —bitterly ކއ. ނ. bitterness. bitters ބަނގުރަލުގެ ވައްތަރެއް. މިއަށް ހުންނަނީ ރަހަ ގަދަކުރަން އެކި ބާވަތުގެ ފަތުގެ ރަހަ ލައްވާފައެވެ. bitter-sweet ފޮނި ނަމަވެސް އިރުކޮޅެއްގެ ތެރޭގައި ހިތި ރަހައެއް ލާ. ހިތްގައިމު، ނަމަވެސް ހިތްގައިމު ނޫން ކަންތަކެއް ވެސް ހިމެނޭ. until the bitter end ކުރެވެން ހުރި ހުރިހާ ކަމެއް ކޮށް ނިމެންދެން.
bittern
ބިޓަން. ނ. ޔޫރަޕުގައި އުޅޭ މާކަނާ އާއިލާގެ ދޫންޏެއް.
bitty
ބިޓީ. ކއ. ނުގުޅޭ (bits) އެތިކޮޅުތަކަކުން/ބައިތަކަކުން އުފެދިފައިވާ. މ. ފިލްމެއް ގެ ވާހަކަ.
bitumen
ބިޓްޔޫމަން. ބިޗުމަން. ބައިޓޫމަން. ނ. ޕެޓްރޯލިއަމް އިން އުފައްދާ، ކަޅު ތަތްކަން ހުންނަ އެއްޗެއް. މި ބޭނުންކުރަނީ މަގު މަތީގައި ފަތުރަންށާއި ފެން ނީރުވިޔަ ނުދިނުމަށް. ތާރު. bituminous ބިޓްޔޫމިނަސް. ނއ.
bivalve
ބައިވެލްވް. ނ. ރިނދަ. ދެފަރާތުގައި ހަރު ރިނދަލި ހުޅުވޭގޮތަށް އެތެރޭގައި މަސް އޮންނަ ދިރުން ހުރި، ގޮނޑުދޮށާ ކައިރީގައި ދިރިއުޅޭ އެއްޗެއް.
bivouac
ބިވުއަކް. ބިވޫއަކް. ނ. ވަގުތީ ގޮތުން ހާމަ މައިދާނަކު ނިދަން ހަދާ (ޓެންޓް ނޫން) ކޭމްޕެއް. ކުޑަ ފޭލިގެއެއް.
bi-weekly
ބައި-ވީކްލީ. ނއ. 1. ކޮންމެ ފޮއެ ދުވަހަކުން އެއްފަހަރު ވާ. ކޮންމެ ދެހަފުތާއަކު އެއްފަހަރު ހިނގާ. 2. ކޮންމެ ހަފުތާއަކު ދެފަހަރު ވާ (ކަމެއް).
biz
ބިޒް. ނ. ކުރުކޮށް ބިޒްނަސް.
bizarre
ބިޒަރ. ނއ. ފެންނަ ފެނުމުގައި އާދަޔާޚިލާފު. އާދަޔާޚިލާފު އަސަރެއް އުފައްދާ. ޢަޖީބް. ވިކާރަ.
blab
ބްލެބް. (blabbed, blabbing). ކ. މީހުންނަށް ހާމަނުކުރަންޖެހޭ ސިއްރުތައް ހާމަކޮށް ފިކުރެއްނެތި ގިނައިން ވާހަކަ ދެއްކުން. ސިއްރެއް ހާމަކުރުމަށް ވާހަކަ ދެއްކުން.
black
ބްލެކް. ނއ. 1. ދެލި ފަދަ ވަރަށް އަނދިރި ކުލައެއްގައި. ކަޅު. 2. ހަންގަޑުގެ ކުލަ ކަޅު. 3. ބަބުރުންނަށް ނިސްބަތްވާ. 4. ކިލާވެފައިވާ. 5. އުއްމީދެއް ނެތް. ދެކޮޅުވެރި. ހިތާމަވެރި. މ. މުސްތަޤްބަލް ފެންނަނީ ބްލެކް ކޮށްނެވެ. = އުއްމީދެއް ނެތް ގޮތުގައެވެ. black day މުސީބާތްތަކެއް ކުރިމަތިވި ދުވަހެއް. 6. ނުލަފާ. އަނިޔާވެރި. 7. ޔުނިއަން އަކަށް ނިސްބަތްވާ މީހުން ހަޅުތާލުކުރަމުން ދާތީ، އަތްނުލާގޮތަށް ހަމަޖެހިފައިވާ. މ. the cargo is declared black ޔުނިއަން އަށް ނިސްބަތްވާ މަސައްކަތު މީހުން އަތްނުލާ ގޮތަށް އިޢުލާނުކޮށްފައިވާ މުދައު/ދާގީނާ. —black ނ. 1. ކަޅު ކުލަ. 2. ކަޅު ހެދުމެއް ނުވަތަ އެހެންވެސް އެއްޗެއް. 3. ސްނޫކަރ ފަދަ ކުޅިވަރުގައި ގެންގުޅޭ ކަޅު ބޯޅަ. 4. ރާޒުވާ ފަދަ ކުޅިވަރުތަކުގެ ކަޅު ކުޅިބައި. 5. އެކައުންޓު ލިޔާ ޞަފުޙާއެއްގެ އަރަނި (ފައިދާ ލިޔާ) ފަރާތް. in the black އަރަނި ބޮޑުވުން ނުވަތަ ފައިދާވުން. 6. ބަބުރެއް. —ކ. 1. ކަޅުކުރުން. 2. ކަޅުކުލައިން ޕޮލިޝްކުރުން (މ. ބޫޓު). 3. މުދައު ޑިކްލެރ ކުރުން. އަރަނި (ފައިދާ) ނެރުމަށް މަސައްކަތް ކުރުން. ކއ. blackly. ނ. blackness. black-beetle ކުރަފި. black box މަތިންދާބޯޓުގައި ދަތުރުކުރާ ގޮތާއި މަގު ރެކޯޑް ކުރެވޭ އިލެކްޓްރޮނިކް ފޮށްޓެއް. black coffee ކިރު ނާޅައި ކޮފީ. black comedy ވަރަށް ސީރިއަސް ކަމެއް ހެއްވާގޮތަކަށް ހުށަހަޅާ ހުށަހެޅުން. Black Country އިނގިރޭސި ވިލާތުގެ މެދުތެރޭގައިވާ ފެކްޓަރީތައް ގިނަ ހިސާބެއް. black economy ޤައުމެއްގެ ޤާނޫނުތަކުން ކުރަންޖެހޭ (މ. ޕެންޝަން ދިނުން ފަދަ) ކަންކަން ނުކޮށް މުވައްޒަފުން ގެންގުޅުން. black eye ޖެހުމުގެ ސަބަބުން ނުވަތަ ކޮންމެވެސް އަނިޔާއެއްގެ ސަބަބުން ނޫފައިގެންފައިވާ ލޯ. Black Friars ނަޞާރާ ދީނުގެ ރޯމަން ކެތޮލިކް މަޒުހަބުގެ ކަޅު ހެދުން ލައިގެން އުޅޭ ނާޑަކަށް ނިސްބަތްވާ ބައެއް. black list ނުރުހެވޭ ފަރާތްތަކުގެ ލިސްޓް. —ކ. blacklist މިފަދަ ލިސްޓެއް އެކުލަވައިލުން. black magic ޝައިޠާނުންގެ ނަން ހިމަނައިގެން ހަދާ އުޅޭ ޖާދޫ. Black Maria ޖަލުގެ ގައިދީން އެއްތަނުން އަނެއް ތަނަށް ގެންދަން ގެންގުޅޭ އުޅަނދު. black mark މީހެއްގެ ނަމާ ދިމާގައި، ލާ އުޅޭ ނުރުހުމުގެ ފާހަގައެއް. black market ޤާނޫނާ ޚިލާފަށް މުދަލާއި ފައިސާ ގަނެ ވިއްކުން. black marketeer ބްލެކް މާކިޓްގައި ވިޔަފާރިކުރާ މީހެއް. black out އެއްވެސް އައްޔެއް ނުނުކުންނަ ގޮތަށް ދޮރުފޮތި ދަމައި މިފަދަ އެހެން ކަންކަން ކުރުން. ވަގުތީ ގޮތުން ހޭ، ނުވަތަ ހަނދާން ނުވަތަ ފެނުން ގެއްލިފައިވާ މުއްދަތު. blackout އައްޔެއް ދެއްކުން މަނާ ވަގުތު. ހުރިހާ އައްޔެއް ނިއްވައިލުން (މ. ހަނގުރާމައިގެ ބޯޓު ފަހަރަށް ނުފެންނަ ގޮތަށް). މަޢުލޫމާތު ހާމަކުރުން މަނާކުރުން. ފެނުން، ހޭ ނުވަތަ ހަނދާން ވަގުތީ ގޮތުން ގެއްލުން. Black Power ބަބުރުންގެ އިންސާނީ ޙައްޤުތައް ހޯދުމަށް ބަސްނާހައި ހިންގާ ޙަރަކާތެއް. black pudding ސޯސިޖްގެ ވައްތަރެއް. މީގައި ހުންނަނީ ލެއާއި ހަރު ސަރުބީ ފަދަ ތަކެތި. Black Rod ކަޅު އަސައެއް ހިފައިގެން ވެރިއަކަށް މަގު ދައްކަން ހުންނަ މީހެއް. black sheep ރަނގަޅު މީހުންގެ ޖަމާޢަތެއްގައި ހިމެނޭ ރަނގަޅު ނޫން މީހެއް. black spot ޙާލަތްތައް ގޯސް ނުވަތަ ނުރައްކާ ތަނެއް. ނުބައި ރެކޯޑުތައް އޮތް ތަނެއް. black tie ފިރިހެނުން ރޭގަނޑުގެ ބައެއް ކެއުންތަކުގައި ބައިވެރިވާއިރު ކަރުގައި ދެ މަޅިއެއްޖަހައިގެން ފޮތިކޮޅަކުން އައްސާ ގޮށެއް. Black Watch އިނގިރޭސި ވިލާތުގެ ވަކި ސަރަޙައްދެއްގައި އުޅޭ އަސްކަރުންގެ ބައެއް. black widow އެމެރިކާއަށް ނިސްބަތްވާ ކަޅު ވިހަ ފައިދިގު މަކުނެއް. in a person’s black books އޭނާގެ ނުރުހުން ލިބިފައިވާ. in black and white ލިޔެފައި ނުވަތަ ޗާޕުކޮށްފައި ވާ.
blackball
ބްލެކްބޯލް. ކ. ކްލަބެއްގެ ނުވަތަ ޖަމާޢަތެއްގެ މެންބަރެއްގެ ގޮތުގައި މީހަކު ވިޔަ ނުދިނުމަށް ސިއްރު އެއްވުމެއްގައި އެމީހަކާ އިދިކޮޅަށް ވޯޓުލުން.
blackberry
ބްލެކްބެރީ. ނ. 1. ދިވެހި ފިނިފެންމާ ފަދައިން ކަށިފަޅާފައިވާ ތިރިކޮށް ހެދޭ ގަހެއް. 2. އޭގައި އަޅާ ކަޅުކުލައިގެ ޖޭމު (މޭވާ). ނ. blackberrying މި ޖޭމު ބިނުމުގައި މީހުން އުޅޭ އުޅުން.
blackbird
ބްލެކްބާރޑް. ނ. ޔޫރަޕުގައި އުޅޭ ގޮވާ ދޫންޏެއް. މީގެ ފިރިހެން އެތި ހުންނަނީ ކަޅުކުލައިގައެވެ.
blackboard
ބްލެކްބޯޑް. ނ. މަދަރުސާގައި ކިޔަވައިދިނުމަށް ބޭނުންކުރާ، ކަޅުކުލައިގައި ބައެއް ފަހަރު ހުންނަ ބޮޑު ފިލާގަނޑެއް. ކަޅުކުލަ ކުރިން ޖައްސަނީ، ދެލި ފުޑައި، (މ. ކައްޓަލަ) ފަތުގެ ދިޔަ ހާކައިގެން. ލިޔާނީ ހުދު މަށިން ހަދާފައި ހުންނަ ޗޯކުން.
blackcock
ބްލެކްކޮކް. ނ. ކަޅުކުލައިގެ ކުކުޅުހެން ހުންނަ ދޫނީގެ ފިރިހެން އެތި. (ގްރައުސް grouse ގެ ފިރިހެން އެތި).
blacken
ބްލެކްން. ކ. 1. ކަޅުކުރުން. ކަޅުވުން. 2. ހިތްގައިމުނޫން ޢިބާރާތްތައް މީހަކާ ނުވަތަ ކަމަކާ މެދު ބުނުން. މ. މީހެއްގެ ޚުލްޤް ބްލެކްން ކުރުން.
blackfly
ބްލެކްފްލައި. ނ. ގަސްތަކަށް ބަލި ޖައްސާ ކަޅު މެއްސެއް.
blackguard
ބްލެގާރޑް. ނ. މަކަރުހަދާ އުޅުމެއް ނެތް މީހެއް.
blackish
ބްލެކިޝް. ނއ. ކަޅުކަން ހުރި. ކަޅުކަން ގަދަ.
blackleg
ބްލެކްލެގް. ނ. އެހެން މީހުން ހަޅުތާލުކުރާއިރު، އެކަމުގައި ބައިވެރިނުވެ މަސައްކަތް ކުރާ މީހެއް.
blackmail
ބްލެކްމެއިލް. ކ. މީހެއްގެ އަގު ވެއްޓޭނެ ފަދަ ސިއްރުތަކެއް ހާމަކުރާނެ ކަމުގެ ބިރު ދައްކައިގެން، އެމީހެއްގެ އަތުން ފައިސާ ހޯދުމަށް އެދުން. ނ. މިގޮތުން ފައިސާ ހޯދާ ހޯދުން. މިކަމުން ހޯދާ ފައިސާ.
blacksmith
ބްލެކްސްމިތް. (ތ ކިޔާނީ ފިއްތި އަޑުން) ނ. ދަގަނޑުން ތަކެތި އުފައްދާ މީހެއް. ތިލޭރު.
blackthorn
ބްލެކްތޯން. ނ. ހުދު މަލެއް އަޅާ، ކަޅުކުލައިގެ މޭވާއެއް އަންނަ ގަހެއް.