ތިރީގައި މިގެނެސްދެނީ އަޅުގަނޑު ތަރުޖަމާ ކުރަމުންދާ އިނގިރޭސި ޑިކްޝަނަރީ އެއްގެ B ގެ ރަދީފެވެ. މި ރަދީފު ތަރުޖަމާކުރުމުން، އިނގިރޭސި ބަސްފޮތުގެ ހަތަރުބައިކުޅަ އެއްބައި ތަރުޖަމާކޮށް ނިމުނީއެވެ. الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ. ދެން އޮތްބައި ތަރުޖަމާކުރުމުގެ ތައުފީޤު ދެއްވުން އެދި މާތް ﷲ ގެ ކިބަފުޅަށް ދުޢާ ދަންނަވަމެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އިނގިރޭސި އެކި އަކުރުން ފެށޭ ލަފުޒުގެ ޢަދަދުތައް ހުރިހާ އަކުރަކަށް އެއްވަރެއް ނޫނެވެ.
ފަހެ، ވެބް ޕޭޖެއްގައިވާ ލަފުޒެއް ހޯދަން އެންމެ ފަސޭހަގޮތަކީ، ކީބޯޑްގައިވާ ކޮންޓްރޯލް ފިތާއި F ފިތަށް އެކީ އޮބައި އެ ލަފުޒެއް ލިޔުމެވެ. މިހާތަނަށް ތަރުޖަމާކޮށްފައިވާ ބައިގެ އަކުރުތަކުގެ ލަފުޒު ހޯދުމަށް ފަސޭހަގޮތަކަށް، އަޅުގަނޑާއި އާދަމް ޚާލިދު ޕްރޮގްރާމްކުރި ” ބަސްފޮތް 2000 “ ގައިވާ ހެން، ޕީއެޗްޕީ އިން ޕްރޮގްރާމެއް ލިޔާނަމޭ ހިތުގައި އެބައޮތެވެ. ނަމަވެސް މިފަދަ ކަމަކުން މަންފާކުރާނީ ތަންކޮޅެއް ގިނަ އަކުރުުތައް ތަރުޖަމާކުރެވުނީމާކަމަށް އަޅުގަނޑަށް ފެންނާތީ އެކަން އަދި ބޭއްވީއެވެ.
ދެން ފާހަގަކޮށްލަން ބޭނުންވާ ކަމަކީ، ދިވެހީން އިނގިރޭސި ބައެއް ލަފުޒު ކިޔަނީ އަޞްލުގައި އިނގިރޭސީން އެ ލަފުޒުތައް ކިޔާގޮތަށް ނޫންކަމެވެ. ބައެއް އަޑުތަކެއް ދިވެހި ބަހަކު ނުހިމެނެއެވެ. މިސާލެއްގެ ގޮތުން އިނގިރޭސި r ގެ އަޑަކީ ދިވެހި ރ ގެ އަޑެއް ނޫނެވެ. ފިލިތައް ވެސް މިގޮތެވެ. އިނގިރޭސި ބައެއް ”ފިލި“ ތާނައަކު ނުހިމެނެއެވެ. އެހެންކަމުން، އިނގިރޭސި އަކުރުތައް ކިޔާގޮތް ތާނައިން ލިޔެފައި އެވަނީ ތާނަ ފިލިން އެންމެ ގާތްކޮށް ލިޔެވޭ ގޮތަށެވެ. މިފަދަ އެއް ފިއްޔަކީ އީބީ ފިއްޔެކެވެ. ގިނަ އިނިގިރޭސި ލަފުޒުތަކުގައި އީބީފިލި ކިޔަނީ ތާނައިން އީބީފިލި ކިޔާވަރަށް ވުރެ ކުރުކޮށެވެ. ނަމަވެސް އިބިފިއްޔަށް ވުރެ ދިގުކޮށެވެ. މިފަދަ އެތައް ކަމެއް ތާނައިން އިނގިރޭސި ލިޔާއިރު ދިމާވެއެވެ.
BA
ބީއޭ. ކުރުކޮށް Bachelor of Arts ޔުނިވަރސިޓީތަކުން ދޭ އެންމެ ފުރަތަމަ ދަރަޖަ ނުވަތަ ޑިގްރީ.
baa
ބާ. ނ. ކަންބަޅިއެއް ނުވަތަ އޭގެ ކުޑައެތީގެ ގޮވުމުގެ އަޑު. —ކ. މި އަޑު ލެއްވުން.
baba
ބާބާ. ނ. ސަރުބަތުގެ ރަހަ އަންނަ ގޮތަށް އެއިން ފޯކޮށްގެން ތައްޔާރުކުރާ އިސްޕަންޖު ކޭކެއް.
babble
ބެބްލް. ކ. 1. ކިޔާ އެއްޗެއް ނޭނގޭ ގޮތަށް އަނގަތެޅުވުން. 2. ކުޑަކުދިން ވާހަކަ ދައްކަން ދަސްކުރާއިރު، ލައްވާފަދަ މާމާ ކިޔާފާޑުގެ އަޑު ހުއްޓުމެއް ނެތި ނެރުން. މ. babbling brook ހިނގާއިރު މި އަޑު ކިޔާ އާރެއް. —ނ. މިފަދަ އަޑު ނުވަތަ ވާހަކަދެއްކުން.
babe
ބެއިބް. ނ. ރަސްމީ ބަހުރުވައިން ތުއްތު ކުދިން. babes and sucklings ވަރަށް ތަޖުރިބާއެއް ނެތް މީހުން.
baboon
ބަބޫން. ބޭބޫން. ނ. އެފްރިކާގައި އުޅޭ ބޮޑު ރާމާ މަކުނެއް.
baby
ބެއިބީ. ނ. 1. ވަރަށް ކުޑަ އިންސާނެއް ނުވަތަ ހައިވާނެއް. 2. ޖެހިލުންވާ، ތުއްތު ކުދިން ފަދަ މީހެއް. 3. އެމެރިކާގެ ނުރަސްމީ ބަހުރުވައިން ފިރިހެނަކާ ލޯބީގެ ގޮތުން ރައްޓެހިވެގެން އުޅޭ އަންހެނާ. 4. އެމެރިކާގެ ނުރަސްމީ ބަހުރުވައިގައި މީހެއް. 5. އެއްޗެއްގެ ތުއްތު ޅަ އެތި ނުވަތަ ކުޑަ އެތި. މ. ބެއިބީ ޕިއާނޯ. 6. މީހެއްގެ ބެލުމުގެ ދަށުގައިވާ ނުވަތަ މީހަކު އުފައްދައިފައިވާ އެއްޗެއް. —ކ. (babied, babying) ތުއްތު ކުއްޖެއް ފަދައިން މީހަކާ/އެއްޗަކާ މެދު ހިތުން ނުވަތަ ކަންކުރުން. —babyhood ނ. baby-sit ބެލެނިވެރިން ބޭރުގައި އުޅޭ ވަގުތު، ތުއްތުކުދިން ބެލުން. baby-sitter މިކަންކުރާ މީހާ. be left holding the baby ނޭދެވޭ މަސްއޫލިއްޔަތެއް ޙަވާލުކުރެވިފައިވާ.
babyish
.ބެއިބިޝް. ނއ. ތުއްތުކުއްޖެއްގެ ފަދަ.
baccarat
ބެކެރާ. ތާސްބައިން ކުޅޭ ޖުވާ ކުޅިވަރެއް.
bachelor
ބެޗިލަރ. ބެޗްލަރ. ނ. 1. ދުވަހަކުވެސް މީހަކާ ނުއިދެ ހުރި ފިރިހެނެއް. a bachelor flat އެންމެ ފިރިހެނަކު ދިރިއުޅެން ހަދައިފައިވާ ފުލެޓެއް. 2. Bachelor މާސްޓަރ އަށް ވުރެ ދަށް ފެންވަރުގެ ސަނަދެއް ހޯދައިފައިވާ މީހެއް. މ. Bachelor of Arts. bachelor girl މިނިވަންކަމާ އެކު ވަކިން އުޅޭ ހުސްހަށިބައި އަންހެނެއް.
bacillus
ބެސިލަސް. ނ. ފޯއްޔެއްހެން ހުންނަ ބެކްޓީރިއާއެއް. (ގިނަ ނަމަ ކިޔާނީ ބެސިލައި bacilli).
back
ބެކް. ނ. 1. ފުރަގަސް. އިންސާނެއްގެ ކަރާއި އުނަގަނޑާ ދެމެދުގެ ފަހަތަށް އޮންނަ ބައި. ޖަނަވާރެއްގެ ވެސް މިބައި. 2. ގޮނޑިއެއްގެ ބުރަކަށި ޖެހޭ ބައި. 3. ކުރިމައްޗާ އެންމެ ދުރުގައި އޮންނަ ބައި. އެއްޗެއްގެ އެންމެ މަދުން ބޭނުންކުރާ، ނުވަތަ އެންމެ މުހިއްމު ނޫން ފަރާތް. 4. ހެދުމެއްގެ ބުރަކަށި ނިވާކުރާ ބައި. 5. ފުޓުބޯޅައާއި އެހެން ބައެއް ކުޅިވަރުތަކުގައި، ގޯލް އާ ކައިރީގައި ދިފާޢުކުރަން ކުޅެން ހުންނަ މީހާ. މި މީހާގެ މަޤާމް. —ކ. ނއ. 1. ފަހަތުގައިވާ. މ. back teeth ފަހަތުގައިވާ (އެތެރޭގައިވާ ދަތް). back street މުހިއްމު ނޫން މަގު/ގޯޅި. back pay ފާއިތުވެފައިވާ ދުވަސްތަކެއްގެ އުޖޫރަ. —ކއ. 1. ފަހަތާ ގާތް ނުވަތަ އެ ހިސާބުގައި 2. ބެލެހެއްޓުމުގައި، މަތަކުރުމުގައި. hold it back ކުރިއެރިއަ ނުދީ ހިފަހައްޓާށެވެ. 3. ކުރީގެ ޙާލަތަކަށް، ތަނަކަށް ނުވަތަ ވަގުތަކަށް. I will be back at 6 am. ހެނދުނު 6 ޖަހާއިރަށް އަހުރެން އެނބުރި އަންނާނަން. 4. ބަދަލުގައި، pay it back. —back. ކ. 1. ފަހަތަށް ދިއުން ނުވަތަ ދާގޮތް ހެދުން. 2. (ވަޔާމެދު) ވާތް ފަރާތަށް ވައިޖެހޭ ކޮޅު އެނބުރުން. 3. މީހަކަށް އެއްބާރުލުންދިނުން ނުވަތަ ހިތްވަރުދީ އެހީތެރިވުން. 4. ފައިސާގެ އެހީ ދިނުން. he is backing the play އޭނާ ކުޅިވަރު ހިންގުމަށް ފައިސާގެ އެހީތެރިކަން ދެއެވެ. 5. ޖުވާގެ ވައްތަރެއްގައި، ފައިސާ ވަކި އެއްޗަކަށް ބެހެއްޓުން. 6. އެއްޗެއްގެ ނުފަރާތް ފޮރުވުން. the rug is backed by canvas ދޫލަކޮޅުގެ ފަހަތް ހަދައިފައިވަނީ ރިޔާކަނޑާ ފޮތިންނެވެ. —backer ނ. at the back of މީހަކަށް އެހީތެރިކަން ނުވަތަ ވާގި ދިނުން. ފަހަތުގައިވާ ކަމެއްވި ސަބަބަށް ނުވަތަ މަޤްޞަދަށް ވުން. back-bencher އިނގިރޭސި ރައްޔިތުންގެ މަޖިލިހުގައި، ކުރީ ދިގުގޮނޑިތަކުގައި އިށީނުމުގެ ޙައްޤު ނެތް މީހެއް. ބަލާ front-bencher). back boiler ގޭގެ ކައްކާ އުނދުނުގެ ފަހަތުގައި ހުންނަ ބޮއިލަރެއް. back down މީހަކު ކަމަކަށް ކުރާ ދަޢުވާއެއް، ޒުވާބެއް ނުވަތަ ވާހަކައެއް އަނބުރާ ގެނައުން. back number މަޖައްލާއެއް ނޫހެއް ފަދަ އެއްޗެއްގެ ކުރީގެ ޢަދަދެއް. މާ ކުރީގެ ޚިޔާލުތަކުގެ މީހެއް ނުވަތަ އެފަދަ ޚިޔާލެއް. back of beyond ވަރަށް ދުރުގައިވާ ސަރަޙައްދެއް ނުވަތަ ތަނެއް. back out އެއްބަސްވުމެއް ރޫޅާލުން. back seat އުޅަދެއްގެ ފަހަތުގައިވާ ގޮނޑި. take a back seat ފެންނަކަން ކުޑަ، އިސްކަން ކުޑަ މަޤާމަކަށް ދިއުން. back-seat driver ޒިންމާ ނަގަންނުޖެހޭ މީހަކު، ޒިންމާ ނަގަންޖެހޭ މީހާއަށް އިރުޝާދުދޭތީ އެމީހާއަށް ނިސްބަތްކޮށް ބުނާ އިބާރާތެއް. back to front ކުރީކޮޅު ނުވަތަ ކުރިމަތި އޮންނަން ޖެހޭ ތަނުގައި ފަހަތްކޮޅު ނުވަތަ ފަހަތް އޮތުން. މ. ހެދުން މިގޮތަށް ލުން. back up މީހަކަށް ވާގިވެރިވުން. back-up ބޭނުމެއް ޖެހިދާނެކަމަށް ނުވަތަ ވާގިދޭން ނުވަތަ ހަލާކުވެއްޖެނަމަ ބޭނުން ކުރަން ހުންނަ މީހެއް ނުވަތަ ހޯދާ އެއްޗެއް. be on someone’s back އެމީހަކަށް ނުހޮރުއްޕާނަކަށް ވުން. have one’s back to the wall ދަތި ޙާލަތެއްގައި ދިރިހުރުމަށް ހަނގުރާމަކުރުން ނުވަތަ ހިތްވަރު ކުރުން. (ފިލާނެ ގޮތެއް ނެތިގެން ހިތްވަރުކުރުން). have a person’s back up މީހަކާ ދެކޮޅުވެރިވުން ނުވަތަ މީހަކު ރުޅިއަރުވައިލުން. put one’s back into something ކަމެއް ކުރުމަށް އެންމެ ގަދަ ހިތްވަރު ނުވަތަ ބާރުލުން.
backache
ބެކްއެއިކް. ނ. ބުރަކަށީގައި ރިހޭ ރިހުން.
backbiting
ބެކްބައިޓިން. ނ. މީހަކު ނުރުހޭނޭ ވާހަކަ، ޚާއްޞަކޮށް އެމީހާ ނެތް ތަނުގައި ދައްކާ ދެއްކުން. ޣީބަބުނުން.
backbone
ބެކްބޯން. ނ. 1. ބުރަކަށީ މެދުގައި ދަނޑިއަކަށް ހުންނަ ކުދި ކަށިތައް. މައިކަށި. 2. ޝަޚްޞިއްޔަތުގެ ހަރުދަނާކަން ނުވަތަ ގަދަކަން.
backchat
ބެކްޗެޓް. ނ. ނުރަސްމީ ބަހުރުވައިން، ޖަވާބުގައި ބުނާ އެއްޗެތި. ޖަވާބު ދިނުން.
backdate
ބެކްޑެއިޓް. ކ. އެއްޗެއް ފުރިހަމަވަނީ، ބާރު ހިނގަނީ، އޭގެ އަސަރު ފެށެނީ މާޒީވެ ގޮސްފައިވާ ތާރީޚެއްގައި ކަމަށް ބަޔާންކުރުން (މ. އެއްބަސްވުމެއްގައި).
backfire
ބެކްފަޔަރ. ކ. 1. ކުރިން ގޮވުން ނުވަތަ ހުޅުހިފުން. މ. އިންޖީނެއްގެ ޕިސްޓަން ދާންޖެހޭ ހިސާބަށް ދިއުމުގެ ކުރިން. 2. ކަމެއް ކުރި ބައެއްގެ މައްޗަށް ނޭދެވޭ އަސަރެއް ކުރުން. މ. މީހެއްގެ ޝަކުވާއެއް ވެރިޔަކަށް ހުށަހެޅުމުން ޝަކުވާ ހުށަހެޅި މީހުންނަށް ނޭދެވޭ ކަމެއް މެދުވެރިވުން. މ. their plan backfired = އެމީހުންގެ ރޭވުން ބެކްފަޔަރ ވެއްޖެއެވެ.
backgammon
ބެކްގެމަން. ނ. ރާޒުވާ ފަދައިން ދެމީހެއްގެ މެދުގައިވާ ފިލާގަނޑެއްގައި (ބޯޑެއްގައި) ތިނެސްކަން ރޮނގުތަކެއް ކުރަހައި، ޑައިސް އުކައިގެން ކުޅޭ ޒަމާންވީ ކުޅިވަރެއް.
background
ބެކްގްރައުންޑް. ނ. 1. ތަސްވީރެއްގައި ނުވަތަ ފޮޓޯއެއްގައި، މައިގަނޑު ކުރެހުމުގައި ދައްކާ ތަކެތީގެ ފަހަތުން ފެންނަން ހުންނަ ބައި. ފަސް މަންޒަރު. ފަސްބިން. he was kept in the background މުހިއްމު ނޫން މަޤާމެއްގައި. background music ފިލްމެއްގެ ނުވަތަ ތަމްސީލެއްގެ ނުވަތަ ތަނެއްގެ މައިގަނޑު ވާހަކަތަކުގެ ފަހަތުން އިވޭ މިޔުޒިކް. background heating ފިނި ޤައުމުތަކުގެ ކޮޓަރިއެއްގެ ވެށި މަޑުން ހޫނުކުރާ ހޫނުކުރުން. 2. ކަމަކަށް އަސަރުކުރާ ނުވަތަ އެކަމެއް މެދުވެރިވުމަށް ދިމާވާ ގުޅުން ހުރި އެހެން ކަންކަމާއި ޙާލަތްތައް. a person’s background މީހެއްގެ ތަޢުލީމާއި ދިރިއުޅުމާއި ތަޖުރިބާ އާއި މިފަދަ ކަންތައްތައް.
backhand
ބެކްހޭންޑް. ނއ. އަތުގެ ނުފުށުން (މ. އަތުން ނުވަތަ ރެކެޓަކުން ނުފުށްދިމާކޮށް ޖަހާ) .—ނ. މިގޮތަށް ޖަހާ ޖެހުން.
backhanded
ބެކްހޭންޑިޑް. ނއ. އަތުގެ ނުފުށުން. 2. ސީދާ ނޫން. މ. a backhanded compliment ޚޫޝާމިދުގެ ނުވަތަ ތަޢުރީފުގެ އިބާރާތެއް (ވަށްބަހުން ނުބައި، ހިތްހަމަ ނުޖެހޭ މާނައެއް ނެރެވޭ).
backhander
ބެކްހޭންޑަރ. ނ. 1. ނުފުށުން ޖަހާ ޖެހުން ނުވަތަ ނުބައިމާނަ ނެރެވޭގޮތަށް ރަނގަޅު ޢިބާރާތެއް ބުނާބުނުން. 2. ރިޝްވަތު. ކަމެއް ކޮށްދިނީމާ ދޭ ނުސީދާ އެއްޗެއް.
backing
ބެކިން. ނ. 1. ވާގި. he has a large backing އޭނާއަށް ވާގިވެރިވާ ސަޕޯޓުކުރާ ގިނަ ބައެއް ވެއެވެ. 2. އެއްޗެއްގެ ފަހަތް ފޮރުވަން ނުވަތަ ވާގިދޭން ބޭނުންކުރާ އެހެން އެއްޗެއް. ބަތާނަ. 3. ޕޮޕް ލަވަކިޔުންތެރިއަކު ލަވަކިޔާއިރު ވާގިދޭ (އެކުގައި ކިޔާ ނުވަތަ ކުޅޭ) ލަވަކިޔުންތެރިން ނުވަތަ މިޔުޒިކް.
backlash
ބެކްލޭޝް. ނ. ކަމަކާ ގުޅިގެން ކުރާ ގަދަފަދަ ނޭދެވޭ ޢަމަލެއް. ގެއްލުންދެނިވި ރައްދު ޢަމަލު.
backless
ބެކްލަސް. ނއ. ފަހަތް، ފުރަގަސް ނެތް. މ. ހެދުން. ބުރަކަށި ބޮޑަށް ހާމަވާ.
backlog
ބެކްލޮގް. ނ. މަސައްކަތުގެ ތެރެއިން އަދި ކުރަންޖެހޭ ނުވަތަ ނުކުރެވި ހުރި މަސައްކަތް.
back-pedal
ބެކްޕެޑަލް (back-pedalled, back-pedalling) 1. ބައިސްކަލުގެ ފައިން އަނބުރާ ފިޔަވަޅު ފަހަތަށް އެނބުރުން. 2. އަރައިރުމެއްގައި ތިމާ ވަކާލާތުކުރާ ކޮޅު ދޫކޮށް ނިންމާލުން. ހިންގަން އުޅުނު ސިޔާސަތެއް ހިންގުން ހުއްޓާލުން. 3. މީހަކު ކުރިން ކުރި ޢަމަލެއް އިދިކޮޅަށް ޖެހުން.
backside
ބެކްސައިޑް. ނ. ނުރަސްމީ ބަހުރުވައިން ފިނދުމަސްގަނޑު.
backslide
ބެކްސްލައިޑް. ކ. ރަނގަޅު އުޅުމުން ނުބައި އުޅުމަށް ބަދަލުވުން. ނުރަނގަޅު ގޮތަށް އުޅެން ފެށުން.
backspace
ބެކްސްޕެއިސް. ކ. ކީބޯޑަކުން ލިޔެވޭ ތަން، ފަހަތަށް ގެންދިއުން.
backstage
ބެކްސްޓެއިޖް. ނއ. ކއ. ތިއޭޓަރެއްގެ އިސްޓޭޖުގެ ފަހަތުގައިވާ. އިސްޓޭޖުގެ އަރިމަތީގައި ނުވަތަ ހެދުން ބަދަލުކުރާ ކޮޓަރީގައި.
backstroke
ބެކްސްޓްރޮއުކް. ނ. އުއްޑުން އޮވެގެން ފެތުމަށް އަތުން ފަލިޖެހުން.
backtrack
ބެކްޓްރެކް. ކ. 1. މީހަކު އައި މަގުން އައިކޮޅަށް ދިއުން. 2. މީހަކު ކުރި ޢަމަލެއް ނުވަތަ ހިންގާ ގަވާއިދެއް، ސިޔާސަތެއް ހުއްޓައިލައި ކުރިން ކުރަމުން އައިގޮތަށް ކުރުން.
backward
ބެކްވާރޑް. ނއ. 1. ފެށި ތަނާ ދިމާއަށް ނުވަތަ ފަހަތަށް. 2. ޢާއްމު ކުރިއެރުމަށް ވުރެ ކުޑަ ކުރިއެރުމެއް ލިބިފައިވާ. 3. ޔަޤީންކަން ނެތުން. ކުރިއަރައިގެން ދިއުމަށް ފަސްޖެހުން. —ކއ. backwards. ނ. backwardness.
backwards
ބެކްވާރޑްސް. ކއ. 1. ފަހަތާ ދިމާއަށް. ކުރިއާ އިދިކޮޅަށް. 2. ފަހަތް ކުރިމައްޗަށް ހުންނަ ގޮތަށް. އިދިކޮޅަށް. backwards and forwards އެއް ފަހަރު ކުރިމައްޗަށް ދެން އިދިކޮޅަށް. ދެ ފަހަރު ދެގޮތަށް. know it backwards އެއްޗެއް ވަރަށް ބޮޑަށް އެނގުން. lean over backwards މީހަކަށް ކުރެވޭނޭ އެންމެ ބޮޑަށް ހިތްވަރުކުރުން.
backwash
ބެކްވޮޝް. ނ. 1. ފެން ފަހަތަށް ދައުރުކުރާ ކުރުން. 2. ކަމެއް ނުވަތަ ހާދިސާއެއް ހިނގުމުން އެކަމާ ގުޅިގެން ނުކުންނަ އަސަރުތައް.
backwater
ބެކްވޯޓަރ. ނ. 1. އާރަކާ ގުޅޭ ދައުރު ނުވާ ފެންގަނޑެއް. 2. އައު ޚިޔާލުންނާއި ކުރިއެރުމުން އަސަރެއް ކޮށްފައި ނުވާ ތަނެއް.
bacon
ބެއިކަން. ނ. އޫރެއްގެ ބަނޑުން ނުވަތަ އަރިމަތިން ތުނިކޮށް ކަފައި ނަގާ، ދިލަ ނުވަތަ ލޮނު ޖައްސާފައި ހުންނަ މަސް އަރި. bring home the bacon ނުރަސްމީ ބަހުރުވައިން ކާމިޔާބެއް ޙާޞިލްކުރުން. ކަމެއްގައި ކާމިޔާބުވުން. save one's bacon ނުރަސްމީ ބަހުން ޒަހަމަކުން ނުވަތަ މަރުން ސަލާމަތްވުން.
bacteriology
ބެކްޓިއަރިއަލޮޖީ. ބެކްޓީރިއާލޮޖީ ނ. ބެކްޓީރިއާ (ތިރިބަލާ!) ގެ ޢިލްމު. ނއ. bacteriological. ނ. bacteriologist.
bacterium
ބެކްޓީރިއަމް. (ގިނަ ނަމަ bacteria) ނ. މައިކްރޮސްކޯޕުން ފެންނަ ވަރުގެ ކުޑަ ދިރުމެއް. ޖަރާސީމު. ނއ. bacterial.
bad
ބޭޑް. (worse, worst) 1. ނުބައިނުލަފާ. 2. ހިތްގައިމުނޫން. 3. ސީރިއަސް، ވަރަށް ގޯސް. 4. ދޭސީ ފެންވަރުގެ. ފެންވަރުދަށް. އަގެއްނެތް. ޙަޤީޤަތާ ދިމާ ނުވާ. ތެދުނޫން. ދޮގު. meat went bad މަސްގަނޑު ކުނިވެފައި. a bad business ބަދުނަޞީބު ކަމެއް. 5. ގެއްލުން ދެނިވި. ނޭކަށޭނެ. sweets are bad for the teeth މެޓައަކީ ދަތްތަކަށް ގެއްލުން ދެނިވި އެއްޗެއް. 6. ރަނގަޅު ޞިއްޙަތަކު ނޫން. މަރުވެފައި. —އެމެރިކާގެ ބަހުރުވައިގައި، badly އާ އެއް މާނައެއްގައި. is he hurt bad އޭނާ ބޮޑަށް ޒަހަމުވިތަ؟ —ނ. 1. ނުބައި ނުވަތަ ދެރަ ގޮތެއް މެދުވެރިކުރުވާ އެއްޗެއް. މ. I am Rf 50 to the bad ވިޔަފާރިއެއްގެ ސަބަބުން މި މިންވަރު ގެއްލުންވި. 2. the bad ނުބައިނުލަފާ މީހުން. —ކއ. badly (worse, worst). ނ. badness. bad blood ހަތުރުވެރިކަން، ނަފުރަތާއި ދެކޮޅުވެރިކަން. bad debt އަނބުރާ ނުދައްކާނޭ ދަރަންޏެއް. bad language އައުގުރާނަ. bad-tempered އަވަހަށް ރުޅިގަދަވާ ޠަބީޢަތް ހުރި. މިކަން ދައްކާ. be in a bad way ބަލިވެ އުޅުން ނުވަތަ އުނދަގުލެއް ދިމާވުން. feel bad about it ނުރަސްމީ ބަހުރުވައިން ހިތްހަމަ ނުޖެހުން، ކުރެވުނު ކަމަކާ މޮޅިވުން. go to the bad ބަދުއަޚްލާޤީ ޢަމަލުތަކުގެ ތެރެއަށް މީހަކު މުޅިން ގެނބުން. in bad with (އެމެރިކާގެ ބަހުރުވައިގައި ނުރަސްމީ ބަހުން) ނުރުހުމާއެކު ބަލައިގަންނަ. not bad ނުރަސްމީ ބަހުރުވައިން އެކަށީގެންވާ ވަރަށް ރަނގަޅު.
baddy
ބެޑީ. ނ. ނުރަސްމީ ބަހުރުވައިން (ޚާއްޞަކޮށް ވާހަކަ/ފިލްމުގައި އުޅޭ) ނުބައިނުލަފާ މީހެއް.
bade
ބޭޑް. ކ. bid ގެ ނިމުނު ޒަމާން. ބަލާ އެ ލަފުޒު.
badge
ބެޖް. ނ. މީހެއްގެ މަޤާމު، މަސައްކަތް ނުވަތަ ތަނަކާ އޮންނަ ގުޅުން އަންގައިދިނުމަށް ގަމީހުގައި ނުވަތަ ހެދުމުގައި ހަރުކުރާ އެއްޗެއް. ބެޖު. ނިޝާން. ޝާރާ.
badger
ބެޖަރ. ނ. ބިމުގައި ހަރުކޮނެގެން ދިރިއުޅޭ މުސަޅަށް ވުރެ ބޮޑު ޖަނަވާރެއް. —ކ. އުނދަގޫ ކުރުން.
badinage
ބޭޑިނާޜް. ނ. ދައްކާ މަޖާ ވާހަކަ.
badminton
ބެޑްމިންޓަން. ނ. އުސް ނެޓެއް ހުރަސްކޮށް ފަތްހަރުކުރި ބޯޅައެއް ޖަހައިގެން ރެކެޓަކުން ކޯޓެއްގައި ކުޅޭ ކުޅިވަރެއް.
baffle
ބެފްލް. ކ. 1. މީހަކަށް އެއްގޮތަކަށް ވެސް އޮޅުން ނުފިލައި، ނުވިސްނޭގޮތް ވުން. މ. މީހެއްގެ އާދަޔާ ޚިލާފު އުޅުމެއް. 2. ކަމެއް ވިޔަ ނުދިނުން. މ. baffled their attempts. —ނ. އަޑު، އަލި، ދިޔަ ފަދަ އެއްޗެއް ތަނަކުން ދަތުރުކުރުން ހިފެހެއްޓުމަށް ނުވަތަ ކޮންޓްރޯލް ކުރުމަށް ޖަހާ އިސްކިރީނެއް ނުވަތަ ފަރުދާއެއް. ނ. bafflement.
bag
ބޭގް. ނ. 1. ތަކެތި ގެންދިއުމަށް މަޑު އެއްޗަކުން މަތި ހުޅުވޭގޮތަށް ހަދައިފައިވާ ކަންވާރެއް. ދަބަސް. ކޮތަޅު. 2. މިއަށް އެޅޭ މިންވަރު. ތަކެއްޗާ އެކު ދަބަސް، ކޮތަޅު. 3. ކޮތަޅު ވައްތަރު ޖަހާ އެއްޗެއް. މ. bags under eyes ލޮލުގެ ތިރީގައި އުފުލި އެލޭ ހަންގަނޑު. 4. ޝިކާރަކުރާ މީހަކަށް ބަޑިޖަހާ މަރާލެވުނު ތަކެތީގެ މިންވަރު. —ކ. 1. ކޮތަޅަށް ނުވަތަ ދަބަހަށް އެޅުން. 2. މަރައިލުން ނުވަތަ ހިފުން (މ. ކުކުޅެއް). 3. އަމިއްލަ ކޮށްލުން، ލިބިގަތުން. 4. ލުއި ދޫ ގޮތަކަށް އެލުވުން. bag and baggage މީހެއްގެ ހުރިހާ މިލްކިއްޔާތެއް. bags ނުރަސްމީ ބަހުރުވައިން ފަޓުލޫނު. bags ނުރަސްމީ ބަހުރުވައިން ބައިވަރު. މ. bags of room ބޮޑު ޖާގަ. be in the bag އެދޭގޮތަށް ލިބުން.
bagatelle
ބެގަޓެލް. ނ. 1. ބިލިއާރޑް ފަދައިން ލޯވަޅު ހުންނަ މޭޒެއްގައި ކުދި ބޯޅަތަކަކުން ކުޅޭ ކުޅިވަރެއް. 2. ކުޑަ މުހިއްމު ނޫން އެއްޗެއް (މަދު ލާރިކޮޅެއް).
bagful
ބޭގްފުލް. ނ. ކޮތަޅަކަށް ނުވަތަ ދަބަހަކަށް ފުރެންދެން އެއްޗެއް އެޅީމާ ހުންނަ މިންވަރު.
baggage
ބެގިޖް. ނ. 1. ދަތުރުގައި ގެންދާ ފޮއްޓާއި ދަބަސް ފަދަ ތަކެތި. ލަގިޖް. 2. އަތުން ގެންދެވޭ އިކްވިޕްމަންޓް (ސާމާނު). 3. ޖޯޝާއެކު މަޖާކޮށް އުޅޭ ކުޑަ އަންހެންކުއްޖެއް.
baggy
ބެގީ. ނއ. (baggier, baggiest) ދޫކޮށް ރޫޖެހި އެލިފައި. ކއ. baggily. ނ. bagginess.
Baghdad
ބެގްޑާޑް. ނ. ބަޣްދާދް. ނ. އިރާޤްގެ ވެރިކަން ކުރާ ރަށް.
bagpipes
ބޭގްޕައިޕްސް. ނ. ހަމެއް ފުއްޕަމުން އޭގައި ހަރުކޮށްފައިވާ އެކި ސައިޒުގެ ފުމޭ ހޮޅިން ވައި ނެރެގެން ކުޅޭ މިޔުޒިކް އާލަތެއް.
Bahamas
ބަހާމަސް. ނ. ވެސްޓް އިންޑީޒް ގައިވާ 700 ވަރަކަށް ޖަޒީރާ ހިމެނޭ ކުޑަ ޤައުމެއް.
Bahrain
ބާރޭން. ނ. ބަހުރައިން. ޕާޝިއަން ގަލްފުގައިވާ ކުޑަ ޤައުމެއް.
bail
ބެއިލް. ނ. 1. ކުށަކަށް ތުހުމަތު ކުރެވިފައިވާ މީހެއް، ޝަރީޢަތް ފެށުމުން ހާޒިރުވާނެކަން ޔަޤީންކުރަން، އޭނާ ދޫކޮށްލުމުގެ ކުރިން އޭނާގެ ފަރާތުން ބަހައްޓާ ފައިސާ ނުވަތަ މުދައު. 2. މިގޮތަށް ތުހުމަތު ކުރެވިފައިވާ މީހަކު ދޫކޮށްލުމުގެ ހުއްދަ. —ކ. 1. މިގޮތުން ފައިސާ ދައްކައިގެން ފުލުހުން ހިފަހައްޓާފައިވާ މީހަކު ދޫކޮށްލުވުން. 2. އިމަރޖެންސީއެއް ޖެހިގެން އެއިން އަރައިގަތުމަށް ފައިސާ ދިނުން. bail the company out ބަގުރޫޓުވެދާނެތީ، ދަތިން އަރައިގަތުމަށް ކުންފުންޏަކަށް ފައިސާ ދިނުން. go bail ތުހުމަތު ކުރެވިފައިވާ މީހަކު ވަގުތީ ގޮތުން ސަލާމަތްކުރުމަށް ފައިސާ ދިނުން. out on bail ފުލުހުން ހިފަހައްޓާފައިވާ މީހަކު މިގޮތަށް ފައިސާ ދައްކައިގެން ދޫކޮށްލެވިފައިވުން.
bail
ބެއިލް. ނ. 1. ކްރިކެޓް ކުޅޭއިރު ސްޓަމްޕްގެ ތިން ދަނޑިބުރީގެ މަތީގައި ހުރަހަށް ބާއްވާފައި އޮންނަ ދެ ފޯލިން އެކަތި. 2. އަސް ކޮށްޓެއްގައި ދެ އަސް ދެމެދު އޮންނަ ފަތިގަނޑު. 3. ޓައިޕްރައިޓަރެއްގެ ބޮޑު ފޯލީގައި ކަރުދާސް ޖައްސައި ހިފަހައްޓާ ދަގަނޑު ނަރު.
bail
ބެއިލް. ކ. އުޅަނދެއްގެ އެތެރެއަށް އެޅި ނުވަތަ ވަދެފައިވާ ދިޔަގަނޑު ހިއްކައިލުން. ދިޔަ ހިއްކުން.
bailey
ބެއިލީ. ނ. ކިއްލާއެއްގެ ބޭރު ފާރުން ވަށައިލެވިފައިވާ އެތެރޭ ސަރަޙައްދުގައި އޮންނަ ހުސް މައިދާން.
Bailey bridge
ބެއިލީ ބްރިޖް. ނ. ހަނގުރާމައިގައި އާއްމުކޮށް ބޭނުންކުރާ، ފަސޭހައިން ރާވާލެވޭގޮތަށް ބައިބަޔަށް ފަރުމާކޮށްފައި ހުންނަ ބްރިޖެއް. ވަގުތީގޮތުން އަވަހަށް ކޯރު ހުރަސްކޮށް ހަދާ ފާލަމެއް.
bailie
ބޭލި. ނ. ސްކޮޓްލަންޑްގައި، މެޖިސްޓްރޭޓް އެއްގެ ގޮތުގައި މަސައްކަތް ކުރާ އަދި ސަރަޙައްދީ ކައުންސިލެއްގެ އޮފިޝަލެއް.
bailiff
ބެއިލިފް. ނ. 1. (ޔޫކޭގައި) ދަރަނިވެރިވުމުން މީހެއްގެ އަތުގައި ހުރި މުދައު ނަގަން އަންނަ ވެރިކަމުގެ ފަރާތުގެ އޮފިސަރެއް. 2. އެހެން މީހެއްގެ ގެދޮރު ކުއްޔަށް ދިނުމާއި ބެލެހެއްޓުމުގައި ބައިވެރިވާ އެޖެންޓެއް. 3. (އެމެރިކާގައި) ކޯޓަށް ގެންދާ ގައިދީންނާ ޙަވާލުވެ ހުންނަ މީހާ.
bairn
ބޭން. ބެއާން. ނ. ސްކޮޓްލަންޑް ބަހުރުވައިން ކުޑަކުއްޖެއް.
bait
ބެއިޓް. ނ. 1. ޝިކާރަކުރާއިރު، ހިފަން ބޭނުންވާ ހައިވާނު ދަހިކުރަން އެމުގެ ގޮތުގައި ބޭނުންކުރާ ގުދްރަތީ ނުވަތަ މަޞްނޫޢީ އެތި. އެން. ވަދު. 2. ދަހިކުރާ އެއްޗެއް. —bait ކ. 1. އެމެއް ހަރުކުރުން ނުވަތަ އެޅުން. 2. މަލާމާތްކޮށްގެން މީހަކަށް އަހުވަ ދެއްކުން.
baize
ބެއިޒް. ނ. މޭޒާއި ދޮރުފަތް މަތީ އަޅާ ފެހިކުލައިގެ ބޯ ކެހެރި ރަޖާ (މ. ބިލިއާރޑް މޭޒުމަތީ އަޅާ).
bake
ބެއިކް. ކ. 1. ފިހުން، ފެނާއި ތެލާ ނުލައި ހޫނުކޮށްގެން، ސީދާ ހުޅުގައި ނުޖެހޭ ގޮތަށް ތަކެތި ރޯފިލުވުން. 2. ގަދަހޫނަށް ހުށަހެޅުން. ހޫނުން ހަރުކުރުން ނުވަތަ ހަރުވުން. baking hot. ނއ. ވަރަށް ހޫނު.
bakehouse
ބެއިކްހައުސް. ނ. ޕާން ފިހާ ކޮޓަރިއެއް ނުވަތަ ބިނާއެއް.
bakelite
ބޭކްލައިޓް. ނ. އިހުގައި، ފޯމަލްޑިހައިޑް އާއި ފީނޯލް ބޭނުންކޮށްގެން އުފެއްދި މުރަނަ ޕްލާސްޓިކް އެއް. ކުރިން ސްވިޗް ހަދައިފައި ހުންނަނީ މިއިންނެވެ.
baker
ބެއިކަރ. ނ. ޕާން ފިހެ ވިއްކާ މީހެއް. baker's dozen އާދައިގެ ޑަޒަނަކަށް ވުރެ 1 އެތި ގިނަ މިންވަރެއް. 13 ހިމެނޭ މިންވަރު. (އިހުގައި ފަރަންސޭސި ވިލާތުގައި 12 ޕާނަށް ފައިސާ ދެއްކުމުން 13 ޕާން ދޭން ޖެހޭތީ މިގޮތަށް ކިޔަނީއެވެ.)
bakery
ބެއިކަރީ. ނ. ވިއްކުމަށް ޕާން ފިހާ ތަނެއް. ބެކެރި.
baking-powder
ބެއިކިން ޕައުޑަރ. ނ. ކޭކު ފަދަ ތަކެތި ފުއްޕުމަށް ބޭނުންކުރާ ކެމިކަލް ކުނޑި. މީގައި ހިމެނެނީ ފެން ޖެހުމުން ކާބަން ޑައިއޮކްސައިޑް އުފައްދާ ދެ މާއްދާއެކެވެ.
baking-soda
ބެއިކިން ސޮޑާ. ނ. ކޭކު، ފަދަ ތަކެތި ހެދުމުގައި ބޭނުންކުރާ ސޯޑިއަމް ބައިކާރބަނެއިޓް. މިއާ ބެއިކިން ޕައުޑަރ އާ ދެމެދު ހުރި މައިގަނޑު ފަރަގަކީ ބެއިކިން ސޮޑާ ގެ މަދު މިންވަރަކުން ކޭކު ފުފޭކަމެވެ.
Balaclava
ބަލަކްލާވާ. ނ. ލޮލާއި މޫނުމަތީގެ މައިގަނޑު ގުނަވަންތައް ފިޔަވައި ބޮލުގެ އެހެން ތަންތަން ފޮރުވޭގޮތަށް (ކަރު ވެސް ހިމެނޭގޮތަށް) ކެހެރިން ވިޔެފައި ހުންނަ އެއްޗެއް. މި ބޭނުންކުރަނީ އިހުގައި ފިނިން ސަލާމަތް ވުމަށެވެ.
balance
ބެލެންސް. ނ. 1. ހުރަސް ދަގަނޑެއްގެ ދެ ކޮޅުގައި ތަށި ހަރުކޮށްގެން ބަރުދަން ބަލަން ބޭނުންކުރާ އާލަތެއް. ތަރާދު. ތިލަފަތް. 2. ގަޑިއެއްގެ ހިނގުން އެއްވަރަކަށް ހިފަހައްޓާ ސާމާނު/ބައި. 3. ބަރުދަން ނުވަތަ މިންވަރު އެއްވަރަކަށް ބެހިފައިވާ ޙާލަތް. ނުގުޑާ ހަމަ މަޤާމް. the balance of power އެއްވެސް ގުރޫޕެއް ނުވަތަ ޤައުމެއް އެހެން ބަޔަކާ އަޅާބަލާއިރު ސަފުން މާ ބޮޑަށް ގަދަނޫން ހާލަތް. the balance of one's mind މީހެއްގެ ބުއްދި ހަމަކޮށް ހުންނަ ހުރުން. 4. އަރަނި އާއި ދަރަނީގެ ފަރަގު. 5. ދަރަންޏެއް ދެއްކުމަށް ފަހު ބާކީ ހުރި ފައިސާ. —balance ކ. 1. އަޅާކިޔައިގެން ފިކުރު ހިންގުން. balance one argument against another argument 2. ހަމަ ކުރުން. އެއްވަރު ކުރުން. 3. އެކައުންޓެއްގައި އަރަންޏާއި ދަރަނި އަޅައިކިޔައި، މި ހަމަކުރުމަށް (ފަރަގު ނައްތައިލުމަށް) ބޭނުންވާ ޢަދަދު ހޯދައި ޖެހުން. balance of payments ވަކި މުއްދަތެއްގެ ތެރޭގައި، ޤައުމަކުން ޚިދުމަތާއި ތަކެތި ގަތުމަށް ޤައުމުން ބޭރަށް ހޭދަކުރި ފައިސާ އާއި ޚިދުމަތާއި ތަކެތި ވިއްކައިގެން ލިބުނު ފައިސާ ގެ ފަރަޤު ނުވަތަ ތަފާތު. balance of trade ޤައުމަކަށް އެތެރެ ކުރި ތަކެއްޗާއި ބޭރުކުރި ތަކެއްޗަށް ޖެހޭ ފައިސާގެ ތަފާތު. balance sheet ދަރަންޏާއި މިލްކިއްޔާތުގެ އަގު ބަޔާންކޮށްފައިވާ ކަރުދާސް. in the balance ނުކުންނާނޭ ނަތީޖާ (ވާނޭ ގޮތެއް) އަދި ޔަޤީން ނުވާ. off balance ވެއްޓިދާނެކަމުގެ ބިރުއޮތް. ހަމައިން ނެއްޓިފައި. on balance ހުރިހާ ކަމަކަށް ވިސްނުން ހިންގާއިރު. ސުވާލެއްގެ ދެފަރާތުގެ ބާރާއި ނުފޫޒަށް ފިކުރުކުރުމަށް ފަހު.
balcony
ބެލްކަނި. ނ. 1. ބިނާ އެއްގެ މަތީ ބުރިއެއްގައި އިންފާރުން ބޭރަށް، މީހުންނަށް ނުކުމެވޭ ގޮތަށް ފަޑިލައި ހަދާފައި ހުންނަ ޕްލެޓްފޯމެއް ނުވަތަ އަށްޓެއް. ބާލްޚާނާ.
bald
ބޯލްޑް. ނއ. 1. ބޮލުގައި އިސްތަށި މަދު ނުވަތަ މުޅިން ނެތް. ބޯތަލަވެފައިވާ. 2. ދުއްވާ ތަކެތީގެ ފުރޮޅުގައި ދަމާފައި ހުންނަ މަގުތައް ގޭނިގެން ހުސްވެފައިވާ. 3. ތަފްޞީލުތައް ނެތް. މ. bald facts. ކއ. baldly. ނ. baldness. ނއ. balding. ބޯ ތަލަވަމުން އަންނަ.
balderdash
ބޯލްޑަރޑޭޝް. ނ. ހަމަ ނުޖެހޭ އަދި ޙަޤީޤީ ނޫން ވާހަކަ. ތާކުން ތާކު ނުޖެހޭ ވާހަކަ.
bale
ބެއިލް. ނ. 1. ބާރަށް ވަލުން އައްސާފައިވާ ގިނަ އަދަދެއްގެ ކަރުދާސް ހުއި، ކެހެރި، ފޮތި ފަދަ އެއްޗެއް. މާރު. 2. ބަންދުކޮށްފައިވާ އަދަދު ގިނަ މުދަލެއް. —ކ. ދަރުތަކެއް ނުވަތަ އެހެންވެސް ބާވަތެއްގެ އެއްޗެއް ވަލަކުން ނުވަތަ ގޯންޏެއްގައި ބަންދުކުރުން.
bale
ބެއިލް. ކ. bale out އިމަރޖެންސީއެއްގައި، މަތިން ދާބޯޓަކުން ވައިކުޑައެއްގައި ފުންމާލުން.
baleful
ބެއިލްފުލް. ނއ. މީހަކަށް އަނިޔާކުރުމަށް ނުވަތަ ނުބައިކަމެއް ކުރުމަށް ބިރުދައްކާ. ހަލާކުދެނިވި. މ. a baleful influence.
Balinese
ބާލިނީޒް. ނއ. އިންޑޮނީސިއާގެ ބާލީ ރަށަށް ނިސްބަތްވާ. —ނ. އެ ރަށު ވަޒަންވެރިއެއް.
balk
ބޯކް. ބޯލްކް. ކ. ކަމެއް ކުރުމަށް ނުރުހުން ނުވަތަ ކަމެއް ވިޔަ ނުދިނުން. ޖެހިލުންވުން. މ. the MP balked at the idea of the raising taxes ޓެކްސް މަތިކުރުމުގެ ޚިޔާލަށް ރައްޔިތުންގެ މަޖިލިހުގެ މެންބަރު ނުރުހުންތެރިކަން ފާޅުކުރިއެވެ. —ނ. 1. ފުރޯއަކުން ހަތަރު އަރިއަށް ޖަހާލައިފައިވާ ލަކުޑި ގަނޑެއް. 2. ބިލިއާޑް ގައި ބޯޅައިގައި ދަނޑިން ސީދާ ޖެހުން މަނާ ހިސާބެއް.
Balkan
ބޯލްކަން. ނއ. އޭޑްރިއެޓިކް ކަނޑާއި އޭޖިއަން ކަނޑާއި ބްލެކް ސީ އިން ވަށައިލެވިފައިވާ އިރު ދެކުނު ޔޫރަޕުގެ ސަރަޙައްދަށް ނުވަތަ އެތަނުގެ މީހުންނަށް ނުވަތަ ޤައުމުތަކަށް ނިސްބަތްވާ. the Balkans ބޯލްކަންގެ ޤައުމުތައް.
ball
ބޯލް. ނ. 1. އެތެރެ ހުސް ނުވަތަ ފުރިފައިވާ ބޯޅައެއް ނުވަތަ ގުޅައެއް. 2. ކުޅިވަރުގައި ގެންގުޅޭ މިފަދަ ބޯޅަ. 3. ތިން މުގޯލީގައި ނުވަތަ ކްރިކެޓްގައި އެއްލާ ބޯޅަ. 4. ބޯޅައެއްގެ ސިފައަށް (ގުޅަވަރަކަށް) އެއްކޮށްފައިވާ އެއްޗެއް. މ. ރޮނދި ބޯލްއެއް. 5. އެއްޗެއްގެ ވަށްކޮށް ހުންނަ ބައި. މ. ball of foot. ފައިގެ ބޮޑުވާއިނގިލީގެ ފަހަތުގައިވާ ވަށް ބައި. —ކ. 1. ބޯޅައެއްގެ ސިފަ ގެނައުން. 2. ކުދި ވަށް ބައިތަކަކަށް އެއްކުރުން. ball bearing ކުދި ދަގަނޑު ބޯޅަތަކެއް ބޭނުންކޮށްފައިވާ ބިއަރިން އެއް. ރޭޒާ ފުކެއް. ball-boy, ball-girl ޓެނިސް މުބާރާތެއްގައި ބޯޅަ ދުރަށް ދިއުމުން އެ ހޮވާ ކުއްޖާ. ball-cock ކުޑަ ޓޭންކެއްގައި ވަށް ބޮއެއަކުން އެއަށް ފެން އެޅޭ މިންވަރު ކޮންޓްރޯލް ކުރާ އިސްކުރެއް. ball of fire ވަރަށް ފޯރިއާއި ދިރުން ހުރި މީހެއް. ball-point ތުނޑުގައި ވަރަށް ކުޑަ ރޭޒާ ފުކެއް އިންނަ ގަލަމުގެ ތުނޑު. balls ހުތުރުބަހުރުވައިން ފޯއް. balls-up ނުބައިކޮށް ނުވަތަ ގޯސްކޮށް ކުރި ކަމެއް. on the ball ނުރަސްމީ ބަހުރުވައިން ހުޝިޔާރުކޮށް، ފާރަވެރިކޮށް. start the ball rolling ހަރަކާތެއް ނުވަތަ މަޝްވަރާއެއް ފެށުން.
ball
ބޯލް. ނ. ނެށުމަށް އިޖްތިމާޢީ ގޮތުން އެއްވާ އެއްވުމެއް. having a ball މުނި ފޫހިފިލާ މަޖާ ވަގުތުތަކެއްގައި ވަގުތު ހޭދަކުރުން.
ballad
ބެލަޑް. ނ. ވާހަކައެއް ކިޔައިދޭ ލަވައެއް ނުވަތަ ޅެމެއް. ވާހަކަ ޅެން.
ballast
ބަލާސްޓް. ނ. 1. އުޅަނދެއް ކަނޑުގައި އުރުއްޓާ މިންވަރު ކުޑަކުރުމަށް އޭގެ އަޑިއަށް އަރުވާ ބަރު ތަކެތި. ނިގާރަން. ship is in ballast ބޯޓުގައި ހުރީ ހަމައެކަނި ބަލާސްޓް އެވެ. 2. އިލެކްޓްރިކް ސާކިޓެއްގައި، ކަރަންޓް ވަކި މިންވަރަކަށް ހިފެހެއްޓުމަށް ބޭނުންކުރާ އާލަތެއް. އިލެކްޓްރިކް ހޮޅިބުރީގެ ޗޯކަކީ މިފަދަ އެއްޗެކެވެ.
ballerina
ބެލެރީނާ. ނ. އަންހެން ބެލެއި (ballet) ނެށުންތެރިއެއް.
ballet
ބެލެއި. ބަލޭ. ނ. ނެށުމުގެ ޙަރަކާތްތަކުން ވާހަކައެއް ނުވަތަ ޚިޔާލެއް ހާމަކުރާ މިޔުޒިކާއެކު ކުރާ ޑާންސެއް.
ballistic
ބެލިސްޓިކް. ނއ. މިސައިލާއި އުންޑަ ފަދަ އެއް ތަނުން އަނެއް ތަނަށް ވައިގައި ދަތުރުކުރަމުންދާ ތަކެއްޗަށް ނިސްބަތްވާ. ballistics ނ. ބަނޑިއާއި އޭގެ އުންޑަ އާ ބެހޭ ޢިލްމު.
balloon
ބެލޫން. ނ. ވައިން ނުވަތަ ގޭހަކުން ފުއްޕާ ހަމެއް. —ކ. ފުއްޕާހަމެއް ހެން ފުފުން.— balloonistނ. ބޮޑެތި ބެލޫން ބޭނުންކޮށްގެން އެއް ތަނުން އަނެއް ތަނަށް ދާ މީހެއް.
ballot
ބެލަޓް. ނ. 1. ސިއްރު ވޯޓުލުމަށް ބޭނުން ކުރާ ކަރުދާސް ނުވަތަ އެހެން ރަމްޒީ އެއްޗެއް. 2. މިފަދަ ތަކެތި ބޭނުންކޮށްގެން ބާއްވާ އިންތިޚާބު. —ކ. (balloted, balloting) ބެލޮޓް ބޭނުންކޮށްގެން ވޯޓުލުން. 2. މިކަން ކުރުވުން. މ. balloting their members.
ballroom
ބޯލްރޫމް. ނ. ނެށުންތައް ބާއްވާ ބޮޑު ކޮޓަރިއެއް.
ballyhoo
ބެލިހޫ. ނ. މާ ބޮޑު މަޤްޞަދެއް ނެތި ކުރާ ޙަރަކާތާއި ލައްވާ އަޑު.
balm
ބާމް. ނ. 1. ތަދު ލުއިކުރުމަށް ނުވަތަ ޒަހަމެއް ގެ އަސަރުކުޑަކުރުމަށް ބޭނުންކުރާ، ބައެއް ގަސްތަކުން އުފައްދާ ތެލެއް. ބާމު. 2. ހިތަށް ފިނިކަން ގެންނަ ނުފޫޒެއް ނުވަތަ އަސަރެއް. 3. މީރު ވަހެއް ދުވާ ގެއްސެއް.
balmy
ބާމި. (balmier, balmiest)ނއ. 1. ބާމް އެއް ފަދަ. މީރުވަސް ދުވާ. 2. މަޑު ވެފައި ހިތްގައިމު ވަރަކަށް ހޫނު. މ. ބާމީ ވައި. 3. ނުރަސްމީ ބަހުރުވައިން ސޭކު ގޮތަކަށް ނުވަތަ އާދަޔާ ޚިލާފުގޮތަކަށް އުޅޭ.
baloney
ބެލޮނި. ނ. ބަލާ boloney.
balsa
ބޯލްސާ. ނ. ދެކުނު އެމެރިކާގައި ހެދޭ އާދަޔާ ޚިލާފަށް ލުއި ލަކުޑިއެއް ހުންނަ ގަހެއް.
balsam
ބޯލްސަމް. ނ. 1. ދެތަނޑި މައު. 2. ލުއިކަން ގެނެސްދޭ ތެލެއް.
Baltic
ބޯލްޓިކް. ނއ. އިރު އުތުރުގައިވާ ޔޫރަޕުގެ ކަނޑަކަށް ނިސްބަތްވާ. —ނ. ބޯލްޓިކް ކަނޑު.
baluster
ބެލުސްޓަރ. ނ. ސިމެންތި ނުވަތަ ގަލުން ހަދައިފައިވާ ސިޑިއެއްގެ އަރިމަތީގައި އަތް ބާއްވަން ހުންނަ ފަޑި ހަރުކޮށްފައިވާ އޮލަނބަށް ހުންނަ ތެދު ބުރިވަރުތަކުން (ތޭރިތަކުން) ބުރިވަރެއް.
balustrade
ބެލަސްޓްރެއިޑް. ނ. ބެލްކަނީއެއް ނުވަތަ ޓެރަސް އެއް ނުވަތަ ސިޑިއެއްގެ އަރިމަތީގައި ވެއްޓިދާނެތީ ހުންނަ ފަޑިއާއި އެ ހަރުކޮށްފައި ހުންނަ ތޭރިތައް. ބެލްކަނީގެ ފަޑި.
bamboo
ބެމްބޫ. ނ. އެތެރެ ހުސްކޮށް ހުންނަ އޮފިތަކެއް ހިމެނޭ ވިނައިގެ ބާވަތެއް. އޮނު.
bamboozle
ބެމްބޫޒްލް. ކ. ނުރަސްމީ ބަހުރުވައިން މީހަކަށް މަކަރެއް އޮޅުވައިލައިގެން ހެދުން.
ban
ބޭން. (banned, banning)ކ. ކަމެއް މަނާ ކުރުން (ޚާއްޞަކޮށް ރަސްމީކޮށް). —ނ. ކަމެއް ނުވަތަ އެއްޗެއް މަނާކޮށް ނެރޭ އޯޑަރެއް ނުވަތަ އަމުރެއް.
banal
ބެނާލް. ނއ. އާދައިގެ. އައު ކަމެއް ނެތް. ފޫހި. ޝައުޤުވެރިކަމެއް ނުއުފައްދާ. ނ. banality.
banana
ބަނާނާ. ނ. 1. ހޫނު ސަރަޙައްދުތަކުގައި ހެދޭ ގަހެއްގައި އަޅާ އަތުގެ އިނގިލިތައް ހުންނަ ގޮތަށް ހުންނަ މޭވާއެއް. ދޮންކެޔޮ. ކެޔޮ. 2. ކެޔޮ ގަސް. banana republic މައިގަޑު ގޮތެއްގައި މޭވާ ހައްދައި ވިއްކާ އުޅޭ، އިޤްތިޞާދު ދަށް ކުޑަ ޤައުމެއް. މިއީ އަގުވައްޓާލުމުގެ ގޮތުން ޤައުމަކަށް ބުނާ އެއްޗެކެވެ. go bananas ހަމައިން ނެއްޓުން. ސޭކުވުން.
band
ބޭންޑް. ނ. 1. ތުނި ހަނި ފައިވާނުގެ ވަދެއް ފަދަ ފީތާއެއް. މިގޮތަށް އޮންނަ ހަރު ބުޅިއެއް ނުވަތަ ބުރެއް ނުވަތަ ބަންދެއް. 2. ތިރީ ޢަދަދާއި މަތީ ޢަދަދު ކަނޑައެޅިފައިވާ ތަރުތީބެއްވާ މިދެމެދުގެ ޢަދަދުތައް. 3. ވަކި ކަމެއް ކުރަން އިންތިޒާމުކުރެވިފައިވާ ޖަމާޢަތެއް. 4. އެކުގައި މިޔުޒިކް ކުޅޭ ޖަމާޢަތެއް. —ކ. 1. އެއްޗެއްގެ ވަށައިގެން ބޭންޑް އެއް (ބަންދެއް) އެޅުން. 2. ޖަމާޢަތަކަށް މީހުންތަކެއް އެކުވުން. ނާޑެއް އުފެއްދުން.
bandage
ބެންޑިޖް. ނ. ހަށިގަނޑުގެ ގުނަވަނެއްގެ ޒަހަމެއްގައި އަޅާ ނުވަތަ އައްސާ ފޮތިކޮޅެއް. —ކ. މި އެޅުން ނުވަތަ އެއްސުން.
bandanna
ބޭންޑެނާ. ނ. ބޮލުގެ ވަށައިގެން ނުވަތަ ކަރުގައި އައްސަން ގެންގުޅޭ ބޮޑު ރުމާލެއް. ގިނައިން މި ހުންނަނީ ރަތްކުލައިގައި ކުރެހުން އަޅާފައެވެ.
b. & b.
ކުރުކޮށް bed and breakfast (ނިދުމާއި ނާސްތާ).
bandit
ބެންޑިޓް. ނ. ފޭރޭ މީހުންގެ ޖަމާޢަތަކުން އެކަކު. ބަދަވީ. ޑާކޫ.
bandstand
ބޭންޑްސްޓޭންޑް. ނ. މިޔުޒިކް ބޭންޑްތައް ލަވަކިޔާ މިޔުޒިކް ކުޅެން މަތި ހިޔާކޮށް ހާމަތަނެއްގައި ހަދާ އުސް ޕްލެޓްފޯމެއް ނުވަތަ އައްޓެއް.
bandwagon
ބޭންޑްވެގަން. ނ. ކާމިޔާބަށް ދަތުރުކުރާ ޚިޔާލީ އުޅަނދެއް. ގިނަ މީހުން ބައިވެރިވަމުންދާ ކާމިޔާބު ހަރަކާތެއް، ގުރޫޕެއް، ފެޝަނެއް، ފޭޑިއެއް ފަދަ ކަމެއް ނުވަތަ ގުޅުމެއް. climb/jump on the bandwagon މިކަމަށް ބައިވެރިވުން ނޫނީ އެގޮތަށް އުޅުން.
bandy
ބޭންޑި.(bandied, bandying) ކ. ކުރިއަށް ދެން ފަހަތަށް މިގޮތަށް ޖެހުން. the story was bandied about. bandy words އަރާރުމެއްގައި ދެކޮޅަށް ލަފުޒުތައް ގޮވުން.
bandy
ބޭންޑި. (bandier, bandiest)ނއ. ކަކުލާ ދިމާލުން ހުޅު ބޭރަށް ލެނބިފައި. ނ. bandiness.
bane
ބެއިން. ނ. މެދުކެނޑުމެއް ނެތި ހިތާމައާއި ތުރާ ޖައްސާ ސަބަބެއް ނުވަތަ ކަމެއް. ނއ. baneful. ކއ. banefully.
bang
ބޭންގ. ކ. 1. އެއްޗެއް ގޮވީމާ އިވޭފަދަ ގަދަ އަޑެއް ނެރުން. 2. ދޮރު ބާރަށް ޖެހުން ނުވަތަ އެއްޗެއްގައި ބާރަށް ޖެހުން. —ނ. 1. ބޮމެއް ގޮވީމާ އިވޭ ފަދަ ގަދަ އަޑެއް. 2. ގަދައަށް އެއްޗެއްގައި ޖެހުމުގެ ޢަމަލު. —ކއ. 1. ގަދަ އަޑަކާ އެކު. ކުއްލި ގޮތަކަށް. bang go my chances ކުއްލިއަކަށް ފުރުޞަތު ގެއްލުން. 2. ބަރާބަރަށް. his estimate was bang on ބަރާބަރަށް އަންދާޒާ ދިމާވުން. go with a bang ވަރަށް ކާމިޔާބުވުން ނުވަތަ ކޮންމެވެސް ގޮތަކަށް އާދަޔާ ޚިލާފުވުން.
banger
ބޭންގަރ. ނ. 1. ނުރަސްމީ ބަހުރުވައިން ވަރަށް ދުވަސްވީ، ރަނގަޅު ޙާލަތެއްގައި ނުވާ ކާރެއް. 2. ގަދަ އަޑަކާ އެކު ގޮވާ ފަޓާހެއް. 3. ނުރަސްމީ ބަހުރުވައިން ސޯސިޖް.
Bangkok
ބޭންކޮކް. ނ. ތައިލަންޑްގެ ވެރިކަން ކުރާ ޝަހަރު ނުވަތަ ސިޓީ.
Bangladesh
ބަންގްލާޑޭޝް. ނ. އިރު ދެކުނުގައިވާ މުސްލިމުން ގިނަ ޤައުމެއް. ނ. ނއ. Bangladeshi.
bangle
ބެންގްލް. ނ. އަތުގައި އަޅާ ތަނޑި. އުޅާ. ކެވެލި މީގެ ތެރެއަކު ނުހިމެނެއެވެ.
banian
ބެންޔަން ( (banyanނ. ނިކަ ބާވަތުގެ ގަހެއް. މިގަހުގެ އާދަޔާ ޚިލާފު އެއްކަމަކީ އޮފިން ފައިބާ އަޅޯތައް ގަދަވެ، ގަހުގެ އަޞްލު ގަސްކަނދަށް ވުރެ ވަރުގަދަވެ، ޒަމާންވުމުން ގަސް ހުންނަތަން ބަދަލުވާކަމަށް ފެނުމެވެ.
banish
ބެނިޝް. ކ. 1. އަރުވާލުމަށް ހުކުމްކުރުން. 2. މީހެއްގެ ފިކުރުން ނުވަތަ ހަޒުރަތުން (އޭނާގެ ކުރިމަތީގައިވާ ޖާގައިން) ފޮނުވައިލުން. ނ. banishment.
banister
ބެނިސްޓަރ. ނ. ސިޑިއެއްގެ އަތުން ހިފާ ފަޑި ހަރުކޮށްފައި ހުންނަ ތޭރި ނުވަތަ މުޑިބުރި. banisters ފަޑިއާއި ތޭރިތައް.
banjo
ބެންޖޯ. ނ. ގިޓާ ވައްތަރަށް ނަމަވެސް ވަށްކޮށް ފޮށިގަނޑު ހުންނަ ނަރުލީ މިޔުޒިކް ކުޅޭ އާލާތެއް.
bank
ބޭންކް. ނ. 1. ކޯރެއްގެ އަރިމަތީގައި ތިރިއަށް ފައިބާފައި އޮންނަ ތަން. ކިނާރާ. ސާހިލް. 2. ކޯރެއްގެ މެދުގައި ތިލަކޮށް، ފިނޮޅެއްހެން ހިކިފައި އޮންނަތަން. 3. މިގޮތަށް އޮންނަ ސްނޯ، ވިލާ، ނުވަތަ މަޑު އެހެން އެއްޗެއް. 4. ބަރިއަކަށް ހުރި އަލިތަކެއް ނުވަތަ ސްވިޗްތަކެއް ނުވަތަ އެފަދަ އެއްޗެއް. —ކ. 1. ބޭންކް އެއްގެ ސިފަ ޖަހާގޮތަށް އެއްޗެއް ހެދުން. bank up the fire ލަހުން އަދާގޮތަށް ދަރު ފުންޏަކަށް ޖެހުން. 2. އެއްގަމު އުޅަނދު ލަނބާލާއިރު އެއް ފަރާތަށް އަރިއަކަށް ޖެހުން ނުވަތަ މިގޮތަށް ޖެއްސުން.
bank
ބޭންކް. ނ. 1. މީހުންގެ ފައިސާ އާއި އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު ބަހައްޓާ، އަދި ބުނުމުން އަނބުރާ ދޭ މަރުކަޒެއް. 2. ޖުވާ ކުޅޭ މޭޒެއްގައި، ފައިސާ ބަލަހައްޓާ މީހާގެ އަތުގައި ހުންނަ ފައިސާ. 3. އިތުރަށް ބޭނުން ވެދާނެކަމަށް ތަކެތި ބަހައްޓާ ތަނެއް. މ. ބްލަޑް ބޭންކް. —ކ. 1. ފައިސާ ނުވަތަ އެހެން އެއްޗެއް ބޭންކް އެއްގައި ބެހެއްޓުން. 2. މީހެއްގެ އުއްމީދުތައް ބަރޯސާކުރުން. މ. we are banking on your success. bank book ބޭންކްގައި ހުރި މީހެއްގެ ފައިސާގެ މަޢުލޫމާތު ލިޔެފައިވާ، އެމީހާގެ އަތުގައި ބާއްވާ ކުޑަ ފޮތް. bank-holiday އާދީއްތަ ދުވަސް ނޫން، ބޭންކް ބަންދުކުރާ ދުވަހެއް. މި ދުވަސް ދުވަސް ވާނީ ޢާއްމުންނަށް ބަންދު ދުވަހަކަށެވެ. banking ނ. ބޭންކް އެއް ހިންގުމުގެ ވިޔަފާރި.
banker
ބޭންކަރ. ނ. 1. ބޭންކް ހިންގުމުގެ މާހިރެއް. ބޭންކް އެއްގެ މަތީ ވަޒީފާގައި އުޅޭ މީހެއް. 2. ޖުވާ ކުޅޭއިރު ފައިސާ ގެންގުޅޭ މީހާ. 3. ފުޓުބޯޅަ ޕޫލް އެއްގައި ކުރި ހޯދާނޭ މީހުން އަންދާޒާކުރަން ބޭނުންކުރާ ނަތީޖާ.
banknote
ބޭންކްނޯޓް. ނ. ފައިސާގެ ޢަދަދު ބަޔާންކޮށް ބޭންކް އަކުން ދޫކުރާ ކަރުދާސްކޮޅު. ފައިސާގެ ނޫޓު.
bankrupt
ބޭންކްރަޕްޓް. ނ. ފައިސާ ދޭން ޖެހޭ މީހުންނަށް ފައިސާ ދިނުމަށް އެ މީހެއްގެ މިލްކިއްޔާތު ކޯޓަކުން ނަގަން ޙުކުމް އަމާޒުވާ ދަރަނިވެރިޔާ. އިފްލާސްވާ މީހާ. —ނއ. 1. މިފަދަ ގޮތެއް މެދުވެރިވެފައިވާ. 2. ފައިސާއެއް ނެތި މީހުންނަށް ދަރާފައިވާ. 3. ނުރަސްމީ ބަހުރުވައިން އެއްވެސް ރަނގަޅު ސިފައެއް ނެތް. މ. morally bankrupt. —ކ. ބޭންކްރަޕްޓް ވުން ނުވަތަ މިގޮތް މެދުވެރިކުރުވުން. ނ. bankruptcy.
banner
ބެނަރ. ނ. 1. ދިދައެއް. 2. އެއްޗެއް ލިޔެ ނުވަތަ ނިޝާނެއް ޖަހައި ދަމާފައިވާ ނުވަތަ އެލުވާފައިވާ ފޮތި ނުވަތަ ފޭލި. ސީނު ކަރައިގެ ބަހުން ހަންފޫ.
banns
ބެންޒް. ނ. ނަން ގަނެވޭ ދެ މީހެއްގެ ކައިވެނި އޮންނާނެކަމަށް ފައްޅިތަކުގައި ކުރެވޭ އިޢުލާނެއް.
banquet
ބޭންކްވިޓް. ނ. ރަސްމީ ސިފައެއްގައި ތަޤްރީރުކުރުމާއެކު ބާއްވާ ބޮޑު ކެއުމެއް. ޟިޔާފަތު، ޖާފަތް. ވަލީމާ.
banshee
ބަންޝީ. ނ. ސްކޮޓްލަންޑް އާއި އަޔަލަންޑްގައި، އެ އެއްޗެއްގެ ރުޔުމުގެ އަޑު އިވިއްޖެނަމަ، ގެއިން މީހަކު މަރުވާނެކަމަށް ބުނާ ޖިންނިއެއް ނުވަތަ ރޫހެއް.
bantam
ބެންޓަމް. ނ. ކުކުޅުހާ، އަސްދޫނި އާއިލާތަކުގެ ވަރަށް ކުދިކޮށް ތިބޭ ވައްތަރެއް.
bantamweight
ބެންޓަމްވެއިޓް. ނ. 54 ކިލޯ. ބޮކްސިންގައި ފެދަރވެއިޓް އާއި ފްލައިވެއިޓް އާ ދެމެދުގެ ގިންތިއެއް.
banter
ބެންޓަރ. ނ. މަޖާ ގޮތަކަށް ދައްކާ ހެއްވާ ވާހަކަ. —ކ. މިގޮތަށް އެފަދަ ވާހަކަ ދެއްކުން.
Bantu
ބަންޓޫ. ނ. އެފްރިކާގެ ޤަބީލާއެއްގެ ނަން. މި މީހުންގެ ބަސް.
banyan
ބެންޔަން. (= banian) ނ. 1. އަތް ނުހުންނަ ގަމީހުގެ އެތެރެއިން ލާ ލުއި ލިބާހެއް. ކޮނޑުކެނޑި. 2. އުތުރުކަރައިގައި ހެދޭ ނިކަގޮތަށް އަޅޯފައިބާ ބޮޑު ގަހެއް.
bap
ބެޕް. ނ. މަޑު ބޮޑު ބަނަހެއްގެ ސިފައިގައި އޮންނަ ޕާނެއް.
baptism
ބެޕްޓިޒަމް. ނ. ނަޞޯރާދީނަށް ރަސްމީކޮށް ވެއްދުމަށް ފެންގަނޑަކަށް މީހާ ލުމުގެ ނުވަތަ ފެންކޮޅެއް ބުރުއްސުމުގެ ޢަމަލު. —ނ. baptismal.
Baptist
ބެޕްޓިސްޓް. ނ. 1. ނަޞޯރާދީނުގެ ވަކި މަޒުހަބެއް. މި މީހުން ޤަބޫލުކުރާ ގޮތުގައި ބެޕްޓިޒަމްގެ އިޙްތިފާލު ބާއްވަންވާނީ މީހާއަށް ކުރެވޭ ކަން އެނގޭ ފަދަ ފުރިހަމަ ބުއްދިލިބުމުންނެވެ. 2. ޖީސަސް ކްރައިސްޓް (ޢީސާ ޢަލައިހިއްސަލާމް) ބެޕްޓައިޒް ކުރި ކަމަށް ބުނާ ސެއިންޓް ޖޯން. the Baptist.
baptistery
ބެޕްޓިސްޓްރި. ނ. ފައްޅިއެއްގައި ބެޕްޓިޒަމްގެ އިޙްތިފާލު ބާއްވާ ތަން.
baptize
ބެޕްޓައިޒް. ކ. 1. މީހެއްގެ މައްޗަށް ބެޕްޓިޒަމްގެ ޢަމަލު ހިންގުން. 2. މީހަކަށް ނަމެއް ނުވަތަ ވަނަމެއް ދިނުން.
bar
ބާރ. ނ. 1. ދިގުކޮށް އޮންނަ އެތެރެ ފުރިފައިވާ ހަރު އެއްޗެއް. 2. ހަނި ފީތާ ގޮތަށް އޮންނަ އެއްޗެއް. މ. ކުލަ ބާރ ތަކެއް. 3. ފިނޮޅެއް. ކޮންމެ ހުރަހެއް ނުވަތަ ދަތިކުރާ އެއްޗެއް. 4. މިޔުޒިކް ލިޔެފައި ހުންނަ އިރު މަތިން ތިރިއަށް ރޮނގު ދަމާ ބައިކޮށްފައިވާ ބައިތަކުން ބައެއް. 5. ކޯޓެއްގައި ފަނޑިޔާރާއި ވަކީލުންނާއި ޢާއްމުން އެކު ނުވާނޭހެން ދުރުކުރަން ޖަހާފައިވާ ޚިޔާލީ ނުވަތަ އަސްލު ޕާޓިޝަނެއް. 6. the bar ވަކީލުން. 7. އަމަލުވާ ރާ ބޯން ދޭ ކައުންޓަރެއް ނުވަތަ ކޮޓަރިއެއް. 8. ކައުންޓަރެއް ހުރަސްކޮށް ކޮފީ އާއި ލުއި ކާތަކެތި ވިއްކާ ތަނެއް. މ. ކޮފީ ބާރ. 9. މައިގަނޑު އެއް ބާވަތެއްގެ މުދައު ވިއްކާ ފިހާރައެއް ނުވަތަ ކައުންޓަރެއް. —ކ. (barred, barring) 1. ބާރ ބޭނުންކޮށްގެން ހަރުކުރުން. 2. ބާރ ބޭނުންކޮށްގެން ބަޔަކު ނުވަތަ އެއްޗެއް ވަނަ ނުދިނުން ނުވަތަ ދަތުރުކުރިޔަ ނުދިނުން. 3. މަނާކުރުން ނުވަތަ ހުއްޓުވުން. —ޕރޕ. ފިޔަވައި. މ. it's all over bar the shouting ހަޅޭއްލެވުން ފިޔަވައި އެހެން ހުރިހާ ކަމެއް ނިމިއްޖެއެވެ. bar code ވިއްކާ މުދަލުގައި ނުވަތަ އެހެން ތަކެތީގައި ކޮމްޕިއުޓަރުން ކިޔަން އެނގޭ ގޮތަށް ރޮނގުތަކެއް ގާތްގާތުގައި ޖަހައިގެން ލިޔާ ނަންބަރެއް ނުވަތަ ރަމްޒެއް. be called to the bar ޤާނޫނީ ވަކީލަކަށް ވުން، ޚާއްޞަކޮށް މަތީ ކޯޓުތަކުގައި ދަޢުވާ ކުރެވޭ. behind the bars ޖަލުގައި.
bar
ބާރ. ނ. މޫސުމާ ބެހޭ ޢިލްމުގައި ގޭހުގެ ނުވަތަ ވައިގެ ފިއްތުން (ޕްރެޝަރ) ވަޒަންކުރަން ބޭނުންކުރާ މިންގަޑެއް.
barathea
ބެރަތިއާ. ނ. ކޯޓު ފަހަން ކަންބަޅި ކެހެރިން ތުނިކޮށް ފޭރާންކޮށްފައި ހުންނަ ފޮއްޗެއް.
barb
ބާބް. ނ. 1. ބުޅީގައި އަދި ބައެއް ކަހަލަ ތީރުގައި ކަނިފަށް ހުންނަހެން އިދިކޮޅަށް ހުންނަ ގޮތަށް ކަށްވާދު ކަނޑައިލައިފާ ހުންނަ ބައި. މީގެ ބޭނުމަކީ ހެރުމަށް ފަހު ނުކުތުމަށް ދަތިކުރުމެވެ. 2. މީހެއްގެ ހިތް ޒަހަމުވާ ފަދަ ބުނުމެއް.
Barbados
ބާރބޭޑޮސް. ނ. ވެސްޓް އިންޑީޒްގެ ރަށެއް. ނ. ކއ. Barbadian.
barbarian
ބާބޭރިއަން. ނ. ތަހުޒީބު ނުވާ ވަޙްޝީ މީހެއް. ނއ. އެފަދަ މީހަކަށް ނިސްބަތްވާ.
barbaric
ބާބެރިކް. ނއ. ވަހުޝީ. ވަލު. ބާބޭރިއަނުންނަށް ކަމުދާ. ކއ. barbarically.
barbarity
ބާބެރިޓި. ނ. ރަޙުމްކުޑަ އަނިޔާވެރިކަން.
barbarous
ބާބަރަސް. ނއ. ނާތަހުޒީބު. އަނިޔާވެރި. ކއ. barbarously.
barbecue
ބާބިކިޔޫ. ނ. 1. އަލިފާނުގެ މަތީގައި ތަކެތި ފިހާގޮތަށް ނަރު ދައު ލާފައި ހުންނަ އުނދުނެއް. މި ބޭނުންކުރަނީ ގިނައިން ގެއިން ބޭރުގައެވެ. 2. ގެއިން ބޭރުގައި، މީގައި ފިހާތަކެތި ކެއުމަށް ބާއްވާ ޕާޓީއެއް. —ކ. މިފަދަ އުނދުނެއްގެ މަތީގައި ތަކެތި ފިހުން.
barbed
ބާބްޑް. ނއ. ކަނިފަށް ހުރި. ކަށި ހުރި. barbed wire ކަށިނަރު. ތަންތަންކޮޅުގައި ކަށިތަކެއް ގޮތަށް ނަރުބުރިތަކެއް ހަރުކޮށްފައި ހުންނަ ނަރެއް ނުވަތަ ވައިރެއް.
barber
ބާބަރ. ނ. ފިރިހެނުންގެ ބޯކޮށާ މީހެއް. ޙައްޖާމު.
barbiturate
ބާބިޗްރެއިޓް. ނ. ކެއުމުން ހިތް މަޑުކުރުވާ، ހަމަ ހިމޭންކަން ގެނުވާ ބޭހެއް.
Barbuda
ބާބިއުޑާ. ނ. ބަލާ Antigua and Barbuda! ކެރިބިއަންގައި ވާ ރަށެއް.
bard
ބާޑް. ނ. 1. އިހުގައި، ސްކޮޓްލަންޑް ހިސާބުގައި ދަތުރުކޮށް އުޅުނު މިޔުޒިކް ކުޅޭ މީހެއް. 2. ޅެންވެރިއެއް.
bare
ބެއަރ. ނއ. 1. ނިވަލެއް، ހިޖާބެއް، ފަރުދާއެއް، ހެދުމެއް ފަދަ ނެތި. ބަރަހަނާ. އޮރިޔާން. މ. trees were bare ގަހުގައި ފަތް ނެތިފައި. with bare hands އެއްވެސް ހަތިޔާރެއް ބޭނުން ނުކޮށް. 2. ފޮރުވުމެއް ނެތި. ހާމަކޮށް. މ. lay bare the truth. 3. ތަފްސީލެއް ނުހިމަނާ. ދޭސީ. މ. bare facts. 4. އެއްޗެއް މުދަލެއް ނެތި. the room was bare. the cupboards were bare 5. ކިރިޔާ ފުދޭ މިންވަރު. މ. the bare necessities of life —ކ. ފަރުދާ ކެހުން. ހާމަކުރުން. މ. lion bared its teeth = އޭގެ ދަތްތައް ސިންގާ ހާމަކުރިއެވެ. —barely ކއ. ނ. bareness.
bareback
ބެއަރބެކް. ކއ. އަސް ގޮނޑިއެއް ނެތި އަހުގެ މަތީގައި.
barefaced
ބެއަރފެއިސްޓް. ނއ. ލަދެއް ނެތް. ނުބައި އުޅުން ނުފޮރުވާ. މޭކަޕް ނުކޮށް. މ. He was the most barefaced liar I'd ever seen އޭނާއަކީ އަހަރެންނަށް ފެނިފައިވާ ފޮރުވުމެއް ނެތި އެންމެ ގިނައިން ދޮގު ހަދާ މީހާއެވެ.
bareheaded
ބެއަރހަޑިޑް. ނއ. ބޮލުގައި އެއްވެސް ފަރުދާއެއް (ނިވާކަމެއް، މ. ތޮއްޕެއް، ތާކިހަލެއް) ނެތް.
bargain
ބާގެއިން. ނ. 1. ބައިވެރީންގެ މެދުގައި ވާހަކަ ދައްކައިގެން، ވަކި ކަމެއް/އެއްޗެއްގެ ބަދަލުގައި އެހެން ކަމެއް/އެއްޗެއް ލިބިގަންނަށް އެއްބަސްވާ އެއްބަސްވުމެއް. 2. މިގޮތުގެ މަތިން ލިބިގަންނަ އެއްޗެއް، ޚާއްޞަކޮށް ޢާއްމު އަގަށް ވުރެ އަގު ކުޑަކޮށް. —ކ. 1. މަޝްވަރާކޮށްގެން އެއްބަސްވުމަކަށް އައުން. ދަމާކެނޑުން. 2. ތައްޔާރުވުން، އުއްމީދުކުރުން. މ. didn't bargain on his arriving so early އޭނާ އެހާ އަވަހަށް އަންނާނޭކަމަށް ތައްޔާރެއް ނުވަން. into the bargain އެހެން ތަކެތީގެ ނުވަތަ ކަންތައްތަކުގެ އިތުރަށް.
barge
ބާޖް. ނ. މުދައު އުފުލުމަށް ގިނަ ފަހަރު ތިރި (ފޫ) ފަތާކޮށް ހަމަކޮށް ހަދާފައި ހުންނަ އުޅަނދެއް. ބަނޑު. —ކ. ގަދަގޮތަކަށް ފަރުވާތެރިކަމެއް، ކޮންޓްރޯލެއް ނެތި ހަރަކާތްކުރުން، ހިނގުން، ދުއްވުން، ދުވުން. barge in ހުއްދަނެތި ތަނަކަށް ވަދެގަތުން. barge-pole ބަނޑެއް ދުއްވަން ގެންގުޅޭ ރިއްދަނޑި. I wouldn't touch it with a barge-pole = އަހުރެން އެކަމާ އެއްވެސް ގުޅުމެއް ނުބާއްވާނަމެވެ.
bargee
ބާޖީ. ނ. ބަނޑެއްގެ ވެރިއަކަށް ހުންނަ މީހާ. ބަނޑެއް ބަލަހައްޓާ ފަޅުވެރިންގެ ތެރެއިން މީހެއް.
baritone
ބެރިޓޮއުން. ނ. 1. ފިރިހެނުންގެ އަޑުގެ ބަރު/ތޫނު މިން ބަހާ ފަސް ބައިގެ ތެރެއިން ދެވަނައަށް އެންމެ ބުން އަޑު. އެންމެ ބުން އަޑަށް ކިޔަނީ ބެއިސް (bass) އެވެ. ބެރިޓޮއުން އަކީ މި އަޑާ ޖެހިގެން ދެން އެންމެ ބުން އަޑެވެ. މި މިންވަރުގެ ފްރީކުއެންސީގެ އަންދާޒާ އަކީ 90 އާއި 350 ހާރޓްޒް އެވެ. 2. މި އަޑު ހުންނަ ލަވަކިޔުންތެރިއެއް. މި އަޑަށް ލިޔެފައިވާ މިޔުޒިކެއް.
barium
ބޭރިއަމް. ބެއިރިއަމް. ނ. 1. ރިހި ކުލައިގެ މަޑު މަޢުދަނެއް. 2. މި މަޢުދަން ހުންނަ ކެމިކަލެއް. ގޮހޮރުގެ ބަލިތައް ދެނެގަތުމަށް އެކްސްރޭ ކުރުމުގެ ކުރިން މި ބޮއެ އުޅެއެވެ.
bark
ބާކް. ނ. ގަސްކަނދާއި އޮފިތަކުގެ ބޭރު ފަށަލަ. ތޮށި. —ކ. ތޮށި ނޮޅުން. 2. ޤަޞްދުނޫން ގޮތެއްގައި، ހަންގަނޑު ގޭނުން. މ. barked my knuckles އިނގިލީގެ ބަދަތަކުން ހަން މަށައިގެން ދިއުން.
bark
ބާކް. ނ. ކުއްތާ އާއި ހިޔަޅުގެ ހޭރުން ނުވަތަ ގޮވުން. —ކ. 1. މިއަޑު ލެއްވުން. 2. އަމުރުވެރި ރާގަކަށް ހުތުރުގޮތަކަށް ވާހަކަ ދެއްކުން. މ. barked out orders. bark up the wrong tree މީހެއްގެ ޢަމަލުތަކަކާ ގުޅިގެން އެކަމުގެ ޝަކުވާ ނުބައި މީހަކަށް (ނުގުޅޭ މިސްރާބަކަށް) ކުރުން. his bark is worse than his bite އޭނާ ވާހަކަ ދައްކަނީ ހުތުރުކޮންނެވެ. ނަމަވެސް އުޅުމާއި ޢަމަލުތައް ތަފާތެވެ. އަމަލު އެއަށް ވުރެ ރަނގަޅެވެ.
barker
ބާކަރ. ނ. މަގުމަތީ ތަމްސީލެއްގައި ނުވަތަ ނީލަން ކިޔުމެއްގައި ގޮވާ މީހާ.
barley
ބާލީ. ނ. ބާވަތެއްގެ ގޮވާމެއް. ހިމަ ގޮދަން. ބާރުލީ. barley sugar ބާރުލީ ގެ ރަހަލާ، ހަކުރު ކައްކައިގެން ހަދާ އޮޅުންސުވާލި ފާޑަށް ހުންނަ މެޓައެއް. barley water ބާރުލީ ފެނުކައްކައިގެން ތައްޔާރުކުރާ ބުއިމެއް.
barmaid
ބާމެއިޑް. ނ. ބަނގުރާ ބޯ ތަނެއްގައި، ރާ ގެނެސްދީ ޚިދުމަތްކުރަން ހުންނަ އަންހެން ވެއިޓަރެއް.
barman
ބާމަން. ނ. ބަނގުރާ ބޯ ތަނެއްގައި، ރާ ގެނެސްދީ ޚިދުމަތްކުރަން ހުންނަ ފިރިހެން ވެއިޓަރެއް.
barmy
ބާމި. ނއ. ނުރަސްމީ ބަހުރުވައިން މޮޔަ، ސޭކު. ހަމަ ނުޖެހޭ.
barn
ބާރން. ނ. ދަނޑެއްގައި ހުއި، ގޮވާން ފަދަ ތަކެތި ފޮރުވާ ހަރުގެއެއް ނުވަތަ ގުދަނެއް.
barnacle
ބާނަކްލް. ނ. ލޮނުގެ އަޑީގައި ހުންނަ ތަކެތީގައި ތަތްވާ ރިނދަލިލީ ދިރުން ހުރި އެއްޗެއް. ގައުފޮރި.
barnyard
ބާންޔާޑް. ނ. ބާން (ދަނޑުގައި ހުންނަ ހަރުގެ/ގުދަން) ކައިރީގައި ހުހަށް އޮންނަ ސަރަޙައްދު.
barometer
ބަރޯމީޓަރ. ނ. ކުރިއަށް އޮތް ދުވަސްތަކުގައި މޫސުމަށް ވާނޭގޮތް އަންދާޒާކުރުމަށް ވައިގެ ފިއްތުން ބަލަން ގެންގުޅޭ މީޓަރެއް. ނއ. barometric. ބަރޯމެޓްރިކް.
baron
ބެރަން. ނ. 1. ރަށެއްގެ ބޮޑުންގެ ގިންތިތަކުގެ ތެރެއިން ދަށު ގިންތީގެ ލަގަބެއް. 2. އިހުގެ ގައުމެއްގެ ވެރިއަކު، މ. ރަސްކަލެއް، ބިން ދިން މީހެއް. 3. ވަކި ވިޔަފާރިއެއްގައި ވަރަށް ކާމިޔާބު ނުފޫޒުގަދަ މީހެއް. ނ. baroness.
baronet
ބެރަނެޓް. ނ. އިނގިރޭސި ވިލާތުގައި މީހުން ގިންތިކޮށްފައި އޮންނަ ގޮތުން ބެރަން އަކަށް ވުރެ ދަށް ނަމަވެސް ނައިޓްއަކަށް ވުރެ މަތީ ލަގަބެއް ލިބިފައިވާ މީހެއް. މި މީހުންނަށް މުޚާޠަބުކުރަނީ ”ސަރ“ ކިޔާފައެވެ. ނ. baronetcy މި މީހުންގެ ލަގަބުގެ ނަން.
baronial
ބަރޯނިއަލް. ނ. ބެރަން އެއްގެ ނުވަތަ އޭނާއަށް އެކަށޭނެ.
barony
ބެރަނީ. ނ. ބެރަން އެއްގެ ލަގަބު ނުވަތަ އޭނާއަށް ނިސްބަތްވާ ބިން.
baroque
ބަރޯކް. ނއ. 17 އަދި 18 ވަނަ ޤަރުނުގައި ޔޫރަޕުގައި ގެންގުޅުނު އާކިޓެކްޗަރ ގެ ފޭޑިއެއް. މި ފޭޑީގައި ހުންނަނީ ގިނައިން ފޮފަނަގައި ކުރެހުންތައް އަޅައި ވަނާތައް ހަދާފައެވެ. —ނ. މި ފޭޑި ނުވަތަ މިބާވަތުގެ ޖަރީކުރުންތައް.
barrack
ބެރެކް. ކ. މީހަކަށް މަލާމާތްކުރުން ނުވަތަ ހަޅޭއްލެވުން. ބައެއް ފަހަރު މިކަން ކުރަނީ މީހަކު އެއްޗެއް ބުނިޔެނުދޭން އޭނާ ވާހަކަ ދައްކަމުން ދަނިކޮށެވެ.
barracks
ބެރެކްސް. ނ. 1. ހަނގުރާމަވެރިން ދިރިއުޅޭން ހަދައިފައިވާ ގެތަކެއް ނުވަތަ އިމާރާތެއް. 2. ހުތުރު ސިފަޖަހާ ބޮޑު ޢިމާރާތެއް.
barrage
ބަރާޖް. ނ. 1. ކޯރެއްގެ ފެން ހިނގުން ހުއްޓުވުމަށް އަޅައިފައިވާ ހުރަހެއް. މަޞްނޫޢީ ހުރަހެއް. 2. ހަނގުރާމަވެރިން ހަތުރުވެރިންނާ ދިމާއަށް ދާއިރު، ދިފާޢީ އުކުޅެއްގެ ގޮތުގައި ހުއްޓާނުލައި ބަޑިޖެހުން. 3. ހުއްޓުމެއް ނެތި ކުރާ ސުވާލުތަކެއް ނުވަތަ ހުށަހަޅާ ޚިޔާލުތަކެއް.
barre
ބާރ. ނ. ނެށުންތެރިން ފަރިތަކުރާ އިރު އެމީހުން ވެއްޓިދާނެތީ ހިފަހައްޓަން ފާރުގައި ހަރުކޮށްފައި ހުންނަ ދިގު ހޮޅިއެއް ނުވަތަ ދަނޑިއެއް.
barred
ބާރޑް. ބަލާ bar ގެ ފުރަތަމަ މާނަ.
barrel
ބެރަލް. ނ. 1. މައްޗާއި ތިރި ހަމައަށް (މެދު ބައެއް ފަހަރު ފުޅާކޮށް) ހުންނަ ދަގަނޑުން ނުވަތަ ލަކުޑިން ނުވަތަ ޕްލާސްޓިކުން ހަދައިފައިވާ ގުޅިއެއް. ޓައްޕު. ތާނގި. 2. ތެޔޮމިނާ މިނެއްގެ ގޮތުގައި ތާނގީއެއްގައި ހުންނަ މިންވަރު. 35 ގެލަން (42 ޔޫ.އެސް. ގެލެން) 159 ލީޓަރު. 2. ހަރު ހޮޅިއެއްގެ ސިފަ ހުންނަ އެއްޗެއް، ޚާއްޞަކޮށް ބަޑީގެ ދިގުބައި. —ކ. (barrelled, barrelling) ވަރަށް އަވަހަށް ޙަރަކާތްކުރުން ނުވަތަ ދަތުރުކުރުން. over a barrel ވަރަށް ދަތި ޙާލަތެއްގައި.
barrel-organ
ބެރަލް-އޯގަން. ނ. އުންތަކެއް ހުރި ގުޅިއެއް އަތްގަނޑަކުން އެނބުރީމާ، ފިތްތަކެއްގައި އެ ޖެހިގެން މިޔުޒިކް ކުޅެވޭ އާލަތެއް.
barren
ބެރަން. ނއ. 1. ދަނޑުގޮވާން ކުރަން ކަމުނުދާ މިންވަރަށް ބިންގަނޑު ދެރަ. 2. މޭވާ އާއި އޮށް ނާޅާ (ގަހެއް). 3. ދަރިން ނުލިބޭ. ނ. barrenness.
barricade
ބެރިކެއިޑް. ނ. ބަޔަކު ނުވަތަ އެއްޗެއް ހުރަސްކުރިއަ ނުދޭން، އަވަހަށް ޖަހާ ފުޅަފެއް، ގައު ފުންޏެއް، ނުވަތަ އެހެން ވެސް މިފަދަ ހުރަހެއް. —ކ. މިފަދަ ހުރަހެއް ބޭނުންކޮށްގެން ދިފާޢުކުރުން ނުވަތަ ހިފެހެއްޓުން.
barrier
ބެރިއަރ. ނ. ކުރިއެރުން، ގާތްވުން ނުވަތަ ލިބިގަތުން ކޮންޓްރޯލް ކުރާ ނުވަތަ ހުރަސްއަޅާ އެއްޗެއް. barrier cream މަސައްކަތްތެރިއެއްގެ ހަންގަނޑު ގެއްލުމަކުން ނުވަތަ ބައްޔަކުން ދަފަރާކުރާ ބޭހެއް. barrier reef ގޮނޑުދޮށާއި ފަރާ ދެމެދު ދަތުރުކުރާނެ ޖާގަ އޮންނަ ފަރެއް.
barrister
ބެރިސްޓަރ. ނ. މަތީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮންނަ ވަކީލެއް.
barrow
ބެރޮއު. ބަރޮއު. ނ. އެއް ފުރޮޅުލީ އަތް ގާޑިއަލެއް. 2. ދެ ފުރޮޅު ލީ ކުޑަ އަތް ގާޑިއަލެއް. barrow-boy އަތްގާޑިއަލަކަށް މުދައު އަރުވައިގެން ތަކެތި ވިއްކަމުން ހިނގާ މީހެއް.
barrow
ބަރޮއު. ނ. މާ ކުރީ ޒަމާނުގައި މީހުން ވަޅުލާފައިވާ ފަސްފުންޏެއް.
Bart.
ބާޓް. ކުރުކޮށް Baronet. ބަލާ Bt.
barter
ބާޓަރ. ކ. ފައިސާގެ ބަދަލުގައި އެކި ބާވަތުގެ މުދައު ބަދަލުކޮށްގެން ވިޔަފާރިކުރުން. ހުވަމާރު. 2. —ނ. މުދައު ބަދަލުކޮށްގެން ކުރާ ވިޔަފާރި.
basalt
ބަސޯލްޓް. ނ. އަލިފާން ފަރުބަދައިން ނުކުންނަ ކަޅު ހިލައެއް.
base
ބެއިސް. ނ. އެއްޗެއްގެ އެންމެ ތިރީބައި. އެއްޗެއް ބެހެއްޓޭއިރު އޭގެ ފޫ. 2. ފެށޭ ތަން. 3. ބަޔަކު ކަމެއް ކުރަން ތަންތަނަށް އަރާފައިބާއިރު (މ. ހިމާލިޔާ ފަރުބަދައަށް)، ތަކެތި ބަހައްޓާފައި ހުންނަ ސަރަޙައްދު ނުވަތަ މަރުކަޒު. 4. ދިޔައެއް ފަދަ އެއްޗަކަށް އެހެން ތަކެތި އެއްކުރާ އެތި. މ. އެކި ކުލަކުލައިގެ ދަވާދު ހަދާއިރު، ކުލަތައް އަޅާ ހުދު ދަވާދު. [ހުދު ކުލަފިޔަވައި އެހެން ގިނަ ކުލައިގެ ދަވާދުއަޅަނީ ހުދުދުވާދަށް ކުލައަޅައިގެން] މ. ބައެއް ދަވާދުގައި ހުންނަނީ ތެޔޮ ބެއިސް އެކެވެ. 5. މޭކަޕް ކުރާއިރު ކުލަތައް އުނގުޅުމުގެ ކުރިން ހާކާ ކްރީމް. 6. ހުތަކާ އެއްކުރުމުން ލޮނެއް އުފެދޭ ކެމިކަލެއް. 7. ބެއިސްބޯލްގައި ދުވާ މީހުންގެ އަމާޒަކަށް ވާ ހަތަރު މުގޯލިން މުގޯއްޔެއް. —ކ. base ކުރިއަށް ލަފާކުރުމަށް އަސާސެއްގެ ގޮތުގައި، ހެއްކެއްގެ ގޮތުގައި ނުވަތަ ތަރަހައެއްގެ ގޮތުގައި ބޭނުން ކުރުން. —ނއ. 1. ގަދަރުނުދެވޭ، ހުތުރު. ދަށް. މ. base motives ދަށް ފެންވަރުގެ އެދުންތައް. 2. ފެންވަރު ދަށް. އާދައިގެ. މ. ރަނަށް ބޭސް މަޢުދަން (މ. ރަތުލޯ) އެއްކޮށްފައި. 3. ތަޣައްޔަރުކޮށްފައި. ބަލައިނުގަނެވޭ. ކއ. basely. ނ. baseness.
baseball
ބެއިސްބޯލް. ނ. ތިން މުގޯލި ގޮތަށް ކުޅޭ ކުޅިވަރެއް. މި ކުޅިވަރުގައި ހިމެނެނީ ނުވަ މީހުންގެ ދެ ޓީމަކުން ބޯޅައެއް ބެޓަކުން ޖަހައި ދުރަށް ފޮނުވުމަށް ފަހު ހަތަރު މުގޯއްޔަށް (ގެއަށް) ދުވުމެވެ.
baseless
ބެއިސްލަސް. ނއ. އަސްލެއް، އަސާސެއް ނެތް. މ. baseless rumours ޙަޤީޤަތެއް ނެތި ފެތުރެމުންދާ ވާހަކަ.
basement
ބެއިސްމަންޓް. ނ. ޢިމާރާތެއްގެ ބިމުގެ އަޑީގައިވާ ބައި.
bash
ބޭޝް. ކ. 1. ބާރަށް ޖެހުން. 2. ބަހުން ނުވަތަ ހަރަކާތުން ނުވަތަ ޢަމަލުން ހަމަލާ ދިނުން. ބޮޑަށް ކުށް ދެއްކުން. —ނ. މީހަކު ޖަހާ ގަދަ އެތިފަހަރެއް ނުވަތަ ތަނެއްގައި ޖެހޭ ޖެހުމެއް. have a bash ނުރަސްމީ ބަހުރުވައިން ކަމެއް ކުރެވޭތޯ ބަލައިލުން.
bashful
ބޭޝްފުލް. ނއ. ފަސޭހައިން ލަދުގަންނަ، އަދި އެހެން މީހުންނާ އެކުވުމުން ނުތަނަވަސްކަން އިޙްސާސްވާ. ލަދުރަކި. ކއ. bashfully. ނ. bashfulness.
basic
ބެއިސިކް. ނއ. ސާދާ. މުރައްކަބު ނޫން. އެއްޗެއް ނުވަތަ ކަމެއް ކުރިއެރުވުމަށް ނުވަތަ ތަރައްޤީކުރުމަށް ފެށުމަކަށް ވާނޭ. އަސާސީ. މޫލިކަ. ބުންޔާދީ. basic principles އަސާސީ (މައިގަނޑު) އުސޫލުތައް. basic pay އިތުރުގަޑީގެ އަދި އެހެން އިނާޔަތްތައް ނުލައި އަސާސީ މުސާރަ. —ކއ. basically. basics ނ. މައިގަނޑު އުސޫލުތައް ނުވަތަ ހަމަތައް. basic slag އެކަތަ އުފައްދާއިރު އުފެދޭ ފޮސްފޮރަސް ހުންނަ ދަގުއި އެއް. މި ބޭނުންކުރަނީ ކާދުގެ ގޮތުގައެވެ.
BASIC
ބެއިސިކް. ނ. ކުރުކޮށް Beginners' All-purpose Symbolic Instruction Code ފަސޭހައިން ޕްރޮގްރާމްކުރަން ދަސްކުރުމަށް ފަރުމާކޮށްފައިވާ ކޮމްޕިއުޓަރ ލޭންގްވިޖްއެއް.
basil
ބެއިޒިލް. ނ. މީރު ރަހަ ކެއުންތަކުގައި ލެއްވުމަށް ބޭނުންކުރާ ގަހެއް. ގަނދަކޯޅި.
basilica
ބެޒިލިކާ. ނ. ކުރީ ޒަމާންތަކުގައި ރޫމީންގެ ވެރި ރަށުގައި ދެފަރާތު ބިތުގައި ތަނބުތަކެއް ޖަހައި ދެ ފުރާޅަށް ހިޔާކޮށް އިރުމަތީ ކޮޅު ވަށްކޮށް ހަދާފައި ހުންނަ ބޮޑު ޢިމާރާތެއް. މި ސިފައަށް ހުންނަ ފައްޅިއެއް.
basilisk
ބެޒިލިސްކް. ނ. 1. މެދުތެރޭ އެމެރިކާގައި އުޅޭ ކުޑަ ބޮނޑެއް. 2. އޭގެ ނަޒަރުން ނުވަތަ ނޭވާއިން މީހުން މަރާލާ ކަމަށް ބުނާ ޚިޔާލީ ބޮޑު ބޮނޑެއް.
basin
ބެއިސިން. ނ. 1. މަޑު ތަކެތި ނުވަތަ ދިޔަ އެޅުމަށް ބޭނުންކުރާ އަނގަ ބޮޑު ކަންވާރެއް. 2. އޭގެ އެތެރޭގައި ހުރި ތަކެއްޗާ އެކު މި. 3. މޫނު ދޮންނަ ތަށި. 4. ފެން ހަރުލާ އަޑިތަނެއް. 5. ވަށައިގެން ހިކި ބިން އޮތް ބަނދަރެއް. ނ. basinful.
basis
ބެއިސިޒް. (ގިނަނަމަ (basesނ. ބިންގާ. ތަރަހަ. މައިގަނޑު އުސޫލު.
bask
ބާސްކް. ކ. 1. ހިތްގައިމު ހޫނުކަމަކަށް ހަށިގަނޑު ހުށަހެޅުން. 2. މީހެއްގެ ރުހުން ލިބިގެން ހިތްހަމަޖެހުން.
basket
ބާސްކިޓް. ނ. 1. ނަރުން ނުވަތަ ފަހެލި ފައްޗަކުން ވިޔެގެން ތަކެތި އެޅުމަށް ހަދައިފައި ހުންނަ ވަށިގަނޑު. 2. އެތެރޭގައި ހުރި ތަކެއްޗާ އެކު މި ވަށިގަނޑު. ނ. basketful.
basketball
ބާސްކިޓްބޯލް. ނ. ވިޔެ އެލުވައިފައި އޮންނަ ވަށިގަނޑަކަށް ބޯޅައެއް ލުމަށް، ފަސް މީހުން ހިމެނޭ ދެ ޓީމަކުން ކުޅޭ ކުޅިވަރެއް.
basketwork
ބާސްކިޓްވާކް. ނ. އޮނު ނުވަތަ އެހެންވެސް އެއްޗެއްގެ ފަތިން ހަދައިފައިވާ އޮނިގަނޑެއް ނުވަތަ ގިޔުގަނޑެއް. 2. މި ހެދުމުގެ ފަންނު. އޮނު، ފަންތޮށި ފަދަ އެއްޗެތީގެ ފަތިން ބަތްޕޮޅި ފަދަ ތަކެތި ހެދުމުގެ ފަންނު.
Basque
ބާސްކް. ނ. 1. ހުޅަނގު ޕައިރެނީސް ފަރުބަދަ ތަކުގައި ދިރިއުޅޭ މީހެއް. 2. އެމީހުންގެ ބަސް.
bas-relief
ބާސް-ރިލީފް. ނ. ވަރަށް ތިލަކޮށް ގަލުގައި ނުވަތަ އެހެންވެސް އެއްޗެއްގައި ކަނޑައިނަގައިފައި ހުންނަ ކުރެހުން.
bass
ބާސް. ނ. ބާވަތެއްގެ ޢާއްމު މަހެއް.
bass
ބޭސް. ނއ. އަޑު ބަރު. މިޔުޒިކްގައި އެންމެ ފުން ބޫން ބަރު އަޑު. —ނ. 1. ފިރިހެނެއްގެ އެންމެ ބަރު އަޑު. މި އަޑު ހުންނަ ލަވަކިޔުންތެރިއެއް. މި ބާވަތުގެ އަޑަށް ލިޔެފައިވާ މިޔުޒިކް. 2. މިޔުޒިކް ކުޅެން ހަދައިފައިވާ އާލަތްތަކުގެ ތެރެއިން އެންމެ ބަރު އަޑު ނެރެވޭ އާލަތް.
basset
ބެސިޓް. ނ. މުސަޅު ހިފުމަށް ގެންގުޅޭ ފައިކުރު ކުއްތާއެއް.
bassinet
ބެސިނެޓް. ނ. ފަސޭހައިން ތަންތަނަށް ގެންދެވޭ ގޮތަށް ހަދައިފައި ހުންނަ ތުއްތުކުދިން ބާއްވާ އެނދެއް.
bassoon
ބަސޫން. ބެސޫން. ނ. ލަކުޑިން ހަދައިފައި ހުންނަ ފުމޭ އޮނެއް. މި ބާވަތުގެ އޮނު ހުންނަނީ ދެކޮޅު ގާތްވާ ވަރަށް ލަނބާލާފައެވެ.
bastard
ބާސްޓަޑް. ނ. 1. ނުރުހެވޭ މީހެއް. 2. ނަހަލާލު ކުއްޖެއް ނުވަތަ މީހެއް. 3. ނުރަސްމީ ބަހުރުވައިން މީހެއް. —ބއ، 1. ނަހަލާލު. 2. އެއްޗެއްގެ ޙަޤީޤީ މިސާލަކަށް ނުވަތަ ނަމޫނާއަކަށް ނުވާ.
baste
ބޭސްޓް. ބެއިސްޓް. ކ. ފަތި ޖެހުމުގެ ކުރިން، ތިނޯހަކުން ތިނޯސްވަޅު ދުރުކޮށް ދޫކޮށް ފަހައިލުން.
baste
ބޭސްޓް. ބެއިސްޓް. ކ. 1. މަސް ފިހާއިރު ތެތްކުރުމަށް ތެޔޮ ނުވަތަ ބަޓަރު އުނގުޅުން. 2. ތެޅުން (މ. މީހެއްގެ ގައިގައި).
bastinado
ބެސްޓިނޭޑޯ. ނ. ފައިގެ ދަށްފުށުގައި އަދަބެއްގެ ގޮތުން އެއްތެލުން ތެޅުން.
bastion
ބެސްޓިއަން. ނ. 1. ކިއްލާ ފަދަ ތަންތަނުގައި، ދިފާޢުކުރުމަށް ފަސޭހައަކަށް ބޭރަށް ނެރެފައި ހުންނަ ބައި. 2. ދެކޮޅުވެރި ސަރަޙައްދެއްގައި ބިނާކޮށްފައިވާ ދިފާޢީ ބިނާއެއް. 3. ބަދަލުވެދާނެ ހަމައެއް، އާދައެއް ނުވަތަ އީމާނެއް ހިމާޔަތްކުރާ ނުވަތަ ދިފާޢުކުރާ އެއްޗެއް ނުވަތަ ބައެއް.
bat
ބެޓް. ނ. 1. ބައެއް ކުޅިވަރުތަކުގައި ބޯޅައިގައި ޖަހަން ގެންގުޅޭ ފިލާގަނޑެއް. 2. ބެޓް ޖަހާ މީހާ. —ކ. (batted, batting). 1. ބެޓް އެއް ބޭނުންކުރުން. 2. ބެޓް އަކުން ޖެހުން. ޖެހުން. off one's own bat އެހެން މީހެއްގެ އެހީތެރިކަމާއި މަދަދާ ނުލައި.
bat
ބެޓް. ނ. މީދަލެއްގެ ފާޑު މޫނުމަތީގައި ޖަހާ އުދުހޭ ޖަނަވާރެއް. ވައު. have bats in the belfry މޮޔަވެފައިވުން. އެހެން މީހުންނާ އިދިކީލިގޮތަކަށް އުޅޭ.
bat
ބެޓް. (batted, batting)ކ. ވިހުރުވުން. މަތިން ތިރިއަށް ނުވަތަ އެއްފަރާތުން އަނެއް ފަރާތަށް އެއްޗެއް އަވަސް އަވަހަށް ހޫރުވުން. މ. ދޫނީގެ ފިޔަ ނުވަތަ ލޮލުގެ އެސްފިޔަ ގުޑުވާގޮތަށް. didn't bat an eyelid އެސްފިޔަ ވެސް ނުޖަހާ (އެއްގޮތަކަށް ވެސް ނުނިދޭ). ހައިރާންގެ އެއްވެސް އަސަރެއް ނުދައްކާ.
batch
ބެޗް. ނ. 1. އެއް ފަހަރާ އުނދުނުގައި ފިހާ ޕާން ނުވަތަ ކޭކު. 2. އެއް ފަހަރާ މުޢާމަލާތެއް ނުވަތަ ޢަމަލެއް އެބައެއްގެ މައްޗަށް ކުރާ ބައެއް. ގުރޫޕެއްގެ ގޮތުގައި މިތަކެތި ނުވަތަ މީހުން. ވަރި. —ކ. ކޮމްޕިއުޓަރަކުން އެއް ފަހަރާ ހިންގުމަށް ޕްރޮގްރާމްތަކެއް ގުރޫޕްކުރުން. batch processing ކޮމްޕިއުޓަރު ބޭނުންކުރާ ވަގުތު މަދުކުރުމަށް އެތައް ޕްރޮގްރާމެއް އެއް ފަހަރާ ހިންގުން.
bated
ބޭޓިޑް. ބެއިޓިޑް. ނ. ނއ. މަދުކޮށްފައި. ކުރުކޮށްފައި. with bated breadth ނުތަނަވަސް ކަމާ އެކު ނޭވާ ހިފަހައްޓައިގެން. މ. ނަތީޖާތަކަށް އިންތިޒާރުކުރުމުގައި.
bath
ބާތް. (ތ ގެ ސުކުން ކިޔާނީ ފިއްތި އަޑެއްގެ ގޮތުގައި) ނ. 1. ހަށިގަނޑު އެއްކޮށް (މ. ބިލިގާއަކަށް، ވެވަކަށް) ގަންބައިގެން ސާފުކުރުން. 2. މިކަން ކުރުމަށް ބޭނުން ކުރާ ފެން. 3. ގައިސާފުކުރުމަށް އިށީދެ އިންނަން ބޭނުންކުރާ ފެން އެޅޭ ބިލިގާއެއް. 4. އެއްޗެއް އެއަށް ގަންބާ ދިޔައެއް. އެ ދިޔަ ހުރި ކަންވާރު. —ކ. މިފަދަ ކަންވާރަކަށް ލައިގެން ނުވަތަ އެރިގެން ދޮވުން. baths ނ. ބިލިގާ ހުރި ކޮޓަރިތަކެއް ހުންނަ ޢިމާރާތެއް. ޢާއްމުންނަށް އެރެވޭ ބޮޑު ވެވެއް. ސްވިމިން ޕޫލް.
bathe
ބޭތް. (ތ ގެ ސުކުން ކިޔާނީ ފިއްތި އަޑެއްގެ ގޮތުގައި) ކ. 1. ކޯރެއްގައި، މޫދުގައި ނުވަތަ އެހެންވެސް މިފަދަ ބޮޑު ފެންގަނޑެއްގައި ފެތުން. 2. ފެނުން ނުވަތަ އެހެން ވެސް އެއްޗަކުން ސާފުކުރުމަށް ނުވަތަ ފަރުވާއެއްގެ ގޮތުގައި ހަށިގަނޑުގައި އެ އުނގުޅުން ނުވަތަ ޖެއްސުން. 3. ތެތްކުރުން ނުވަތަ އުޖާލާކުރުން. މ. fields were bathed in sunlight ދަނޑުތައް އަވިން ވަނީ އުޖާލާވެފައެވެ. 4. މަޖަލަކަށް ފެތުން. —ނ. bather. bathing-suit ފެތުމަށް ބޭނުންކުރާ ހެދުމެއް.
bathos
ބޭތޮސް. ބެއިތޮސް. ނ. [އަދަބީ ވާހަކަތަކުގައި] މުހިއްމު ނުވަތަ ރީތި މައުޟޫޢުއަކުން ނުވަތަ ޙާލަތަކުން އާދައިގެ ދަށް ޙާލަތަކަށް ރޭވުމަކާ ނުލައި ކުއްލިއަކަށް ބަދަލުވާ ބަދަލުވުން.
bathroom
ބާތްރޫމް. (ތ ކިޔާނީ ފިއްތި އަޑެއްގެ ގޮތުގައި) ނ. ބިލިގާ ހުރި ނުވަތަ ފެންވެރެން ހުރި ކޮޓަރިއެއް. މިފަދަ ކޮޓަރީގައި ޢާއްމުކޮށް ފާޚާނާ ވެސް ހުރެއެވެ.
batik
ބެޓިކް. ނ. 1. ފޮތީގެ ބައެއް ތަންތަނުގައި ދިޔާ އުއް ޖައްސައިގެން އެކި ކުރެހުން އަޅާ ގޮތެއް. 2. މިގޮތަށް ކުރެހުން އަޅާފައިވާ ފޭރާމެއް.
batiste
ބެޓީސްޓް. ނ. ކެހެރިން ވަރަށް ތުނިކޮށް މަޑުކޮށް ވިޔެފައި ހުންނަ ފޭރާމެއް.
batman
ބެޓްމަން. ނ. އޮފިސަރެއްގެ ޚާދިމެއްގެ ގޮތުގައި މަސައްކަތް ކުރާ ސިފައިންގެ މީހެއް.
baton
ބެޓަން. ބެޓާން. ނ. 1. އަމުރުވެރިކަމުގެ ނިޝާނެއްގެ ގޮތުން ވެރިމިހާއަށް ދީފައި އޮންނަ ހިމަ މުގުރުބުރިއެއް. 2. މިޔުޒިކް ކުޅޭނެ އަވަސްމިން އެންގުމަށް ބޮޑެތި ބޭންޑްތަކުގައި ކޮންޑަކްޓަރު ގެންގުޅޭ ދަނޑިކޮޅެއް. 3. ރިލޭ ރޭސްތަކުގައި، އެކަކު އަތުން އަނެކަކު އަތަށް ދައުރުކުރާ ފޯއްޔެއް.
bats
ބެޓްސް. ނއ. ނުރަސްމީ ބަހުރުވައިން އަނދޮޅު. މޮޔަ.
batsman
ބެޓްސްމަން. ނ. ކްރިކެޓް ފަދަ ކުޅިވަރުތަކުގައި ބެޓް ހިފަހައްޓައިގެން ހުންނަ މީހާ. މިކަންކުރަން މޮޅު މީހާ.
battalion
ބެޓޭލިއަން. ނ. ރެޖިމަންޓް އަކަށް ވުރެ މީސްކޮޅު މަދު ހަނގުރާމައިގެ ލަޝްކަރެއް. މިފަދަ ލަޝްކަރެއްގައި އުޅެނީ 300 އާއި 1000 އާ ދެމެދުގެ ސިފައިންނެވެ. މި މީހުން ތިބެނީ ކޮމްޕެނީތަކަށް ގިންތިކޮށްފައެވެ. ބެޓޭލިއަންއެއްގައި ހަތަރު ފަސް ކޮމްޕެނީ ހިމެނިދާނެއެވެ.
batten
ބެޓަން. ބޭޓަން. ނ. އެއްޗެއް ވަކި ތަނަކު ހިފެހެއްޓުމަށް ބޭނުންކުރާ ދަގަނޑު ނުވަތަ ލަކުޑި ފަތި. —ކ. ބެޓަން ބޭނުންކޮށްގެން އެއްޗެއް ހަރުކުރުން. batten down the hatches ފަލުކާތަކުގައި ފިލާ އަޅާ ހައްޔަރުކުރާށެވެ. ފަން ފުރާޅުގައި، ވަޔާ އެއްލައިލާފާނެތީ އަޅާ ލަކުޑި ފަތިގަނޑަކީ ބެޓަން އެކެވެ.
batten
ބޭޓަން. ކ. ވަރަށް ދަހިކޮށް ކެއުން. އެއަށް ގެއްލުން ލިބޭގޮތަށް އެހެން އެއްޗެއްގެ ތައްޕާހުން ތަނަވަސްކަން ހޯދައިގެންއުޅުން. މ. pigeons battening on the crops ކޮތަރުތައް ގޮވާން ދަނޑުން މި ގޮތަށް ކެއުން.
batter
ބޭޓަރ. ބެޓަރ. ކ. ހަރުކޮށް ޖެހުން. ތެޅުން. މ. battered wives ފިރިން ތަކުރާރުކޮށް އަނިޔާކުރާ އަނބިން. —ނ. ގޮދަންފުށާއި ކުކުޅުބިހާއި ކިރު އެއްކޮށްގެން ހަދައިފައި ހުންނަ ކޭކުފަދަ ތަކެތި ފިހާ ފުއްގަނޑު.
battering-ram
ބެޓަރިން-ރޭމް. ދޮރޯށި/ފާރު ހަލާކުކޮށްލުމަށް އިހުގައި ގެންގުޅޭ ކޮޅުގައި ދަގަނޅު އެޅި ބޮޑު މުޑިއެއް.
battery
ބެޓަރި. ބޭޓަރި. ނ. 1. މަނަވަރުގައި ނުވަތަ އެއްގަމުގައި ހަރުކޮށްފައިވާ ބޮޑެތި ބަޑިތަކެއް. 2. ބަޑިއާއި މީހުންނާއި އުޅަނދު ހިމެނޭ އަސްކަރީ ގުރޫޕެއް. 3. ކަރަންޓު އުފައްދައިދޭ އިލެކްޓްރިކް ސެލް އެއް ނުވަތަ އޭގެ އެތައް ސެލް. 4. މީހެއްގެ ގައިގާ ގާނޫނާ ޚިލާފަށް އަތްލުން ނުވަތަ ޖެހުން. 5. ގުޅިފައިވާ ނުވަތަ ގުޅާފައިވާ އެއް ބާވަތެއްގެ ކުކުޅުކޮށި، އިކްވިޕްމަންޓް ފަދަ ތަކެތި.
battle
ބެޓްލް. ނ. 1. ތަރުތީބުކޮށްފައިވާ ދެ ފައުޖެއްގެ ދެމެދުގައި ހިނގާ ހަނގުރާމަ. 2. މުބާރާތެއް. 3. ކާމިޔާބު. މ. confidence is half the battle ކަމެއް ކާމިޔާބުވުމުގެ ދެބައިކުޅަ އެއްބަޔަކީ އިތުބާރު އޮތުމެވެ. —ކ. ހަނގުރާމައެއްގައި ބައިވެރިވުން. ކަމެއްގައި ގަދަ ހިތްވަރުކުރުން. battle-cry ހަނގުރާމައިގައި ހިތްވަރު ދިނުމަށް ގޮވާ ގޮވުމެއް ނުވަތަ ލަވާ ހަޅޭކެއް.
battleaxe
ބެޓްލްއެކްސް. ނ. 1. އިހުގައި ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރި ކޯރާޑިއެއް. 2. ނުރަސްމީ ބަހުރުވައިން މާ ގަދަފަދަ އަމުރުވެރި އަންހެނެއް.
battlefield
ބެޓްލްފީލްޑް. ނ. ހަނގުރާމައެއް ކުރި މައިދާނެއް.
battleground
ބެޓްލްގްރައުންޑް. ނ. ހަނގުރާމައިގެ މައިދާން.
battlements
ބެޓްލްމަންޓްސް. ނ. 1. އިހުގައި ކޯއްޓޭތަކުގައި ބަނޑިޖަހަން ދޮރުކަނޑާފައި ހުންނަ ބޭރު ފާރު. 2. މި ބައި ހިމެނޭ ފުރާޅެއް.
battleship
ބެޓްލްޝިޕް. ނ. ގިނައިން ހަތިޔާރު ހަރުކޮށްފައި ހުންނަ މަނަވަރު.
batty
ބެޓީ. ނއ. ނުރަސްމީ ބަހުރުވައިން އަނދޮޅު. ސޭކު. ނ. battiness.
bauble
ބޯބްލް. އުޖާލާ ނަމަވެސް އަގެއް ނެތް ގަހަނާ ފަދަ ތަކެތި. އަގެއްނެތް ކުލައަރާ ޖަރީކޮށްފައި ހުންނަ ތަކެތި. ކްރިސްމަސް ޓްރީގައި ހަރުކުރާ ބިއްލޫރި ބޯޅަ.
baud
ބޯޑް. ނ. ޓެލިގްރާފުން ސިގްނަލް ފޮނުވާ އަވަސް މިން ބަލާ ވަޒަނެއް.
baulk
ބޯލްކް. ކ. ބަލާ balk. —baulk ނ. 1. ހަތަރެސްކަނަށް އަރިޖަހާފައިވާ ވަރުގަދަ ލަކުޑި ބެރިއެއް. 2. ކުރިއެރުމަށް، ކަމެއް ކުރުމަށް ހުއްޓުން ގެނުވާ ކަމެއް ނުވަތަ އެއްޗެއް.
bauxite
ބޯކްސައިޓް. ނ. އެލުމިނިއަމް އުފައްދާ އޮމާން މުށި ވެއްޔެއް.
bawdy
ބޯޑި. (bawdier, bawdiest)ނއ. ޝަހްވާނީ ކަންތައްތަކުގެ ހެއްވާ ވާހަކަތައް ހިމެނޭ. ކއ. bawdily. ނ. bawdiness.
bawl
ބޯލް. ކ. ބާރަށް ހަޅޭއްލެވުން ނުވަތަ ރުޔުން. bawl a person out މީހަކާ ދިމާއަށް ގަދައަށް ހަޅޭއްލަވައި ބުނުން. މ. she bawled at me to sit down.
bay
ބެއި. ކާތަކެތީގައި މީރު ރަހަ ލެއްވުމަށް ކައްކާއިރު އެއަށް ލާ ހިއްކި ފަތެއް. ޗީޒް ފަތް. މިއީ ހިކަނދިފަތުގެ ވަކި އެއްފަތަށް ވުރެ ތިންގުނަ ބޮޑު އެ ބައްޓަމަށް ހުންނަ ފަތެކެވެ.
bay
ބެއި. ނ. އައްސޭރީގެ އެތެރެއަށް ދުނިގޮތަށް ބޮޑަށް ވަދެފައިވާ ކަނޑުފަޅު އޮންނަ ތަނެއް.
bay
ބެއި. ނ. 1. އިމާރާތެއް ނުވަތަ ހިޔާވައްސެއް ބައިކޮށްފައި ހުންނަ ބައިތަކުން ބައެއް ނުވަތަ ވަތްގަނޑެއް. މ. ޕާކު ކުރާ ބެއި. 2. ކޮޓަރިއެއްގައި ބޭރު ފާރު ގުދުކޮށް ބޭރަށް ނެރެފައިވާ ތަނެއް. 3. ރެއިލްވޭ އަކަށް ނިމޭ އެއް ކޮޅު ބަންދު މަގެއް. bay window ކޮޓަރީގެ ބޭރު ފާރު، ދެތިން ފޫޓު ބޭރަށް ނެރެ ހަރުކޮށްފައި ހުންނަ ކުޑަދޮރު.
bay
ބެއި. ނ. ޝިކާރަ ކުރާ ހައިވާނެއްގެ ފަހަތުން ކުއްތާތައް ދުވާއިރު އެ ހޭރޭ ބަރު ދިގު ހޭރުން. —ކ. މިފަދަ އަޑެއް ނެރުން. at bay ބަޔަކު ވަށައިލުމުން އެމީހުންގެ ހަމަލާތަކަށް މަޖުބޫރުވެގެން ހިތްވަރު ދެއްކުން. hold at bay ފައްސާލުން.
bay
ބެއި. ނއ. ރަތް މުށިކުލަ. —ނ. މިކުލައިގެ އަހެއް.
bayonet
ބެއިޔަނަޓް. ނ. އުންޑަ ނެތި ހަނގުރާމަކުރަން މަޖުބޫރުވުމުން، ރައިފަލެއްގެ ކުރީކޮޅުގައި ހަރުކުރާ ތޫނު ތިލައެއް. —ކ. (bayoneted, bayoneting) މި ތިލަ ހައްޓަކަށް ހަރައިލުން.
bazaar
ބަޒާރ. ނ. 1. މެދު އިރުމަތީ ސަރަޙައްދުތަކުގައި، ގާތްގާތުގައި ފިހާރަތައް ހުރި ތަނެއް. ބާޒާރެއް. 2. އަގުހެޔޮ ތަކެތި ވިއްކާ ބޮޑު ފިހާރައެއް. 3. ކޮންމެވެސް ބޭނުމަކު ފައިސާ އެއްކުރުމަށް މުދައު ވިއްކާ ޙަރަކާތެއް.
bazooka
ބަޒޫކާ. ނ. ޓޭންކްތަކަށް ހަމަލާދޭ ރޮކެޓް ފޮނުވާ، މީހަކަށް އުފުލާ ގެންގުޅެވޭ ވަރުގެ ހަތިޔާރެއް.
BBC
ބީބީސީ. ނ. ކުރުކޮށް British Broadcasting Corporation.
BC
ބީސީ. ނއ. ކުރުކޮށް ސަލާމްލެއްވި ޢީސާގެފާނު އުފަންވެ ވަޑައިގަތުމުގެ ކުރިން. BCE ނަޞާރާދީން އައުމުގެ ކުރިން. މީލާދީ ސަނަތް ފެށުމުގެ ކުރިން.
be
ބީ. (am, are, is, was, were, been, being) ކ. 1. ވުން. ވުޖޫދުވެގެން ވުން، ޤަރާރުވެގެން ވުން. (ހާދިސާއެއް) ހިނގުން. އުޅުން، މަޤާމެއްގައި ވުން. ވެންނަ. ޔަކޫން. 2. ކޮންމެވެސް އަމިއްލަކަމެއް، ސިފައެއް ނުވަތަ ފެންވަރެއް ހުރުން. how much is it? އަގަކީ ކޮބައިހޭ؟ 3. ޙާޞިލްކުރުން. ވުން. he wants to be a pilot އޭނާ ބޭނުންވަނީ ޕައިލޮޓް އަކަށް ވާށެވެ. —auxiliary verb އެހެން "ކަމެއް" ގެ ބަޔަކަށް ވުން. މ. it is rising އެ އުފުލެނީ އެވެ. he was sick އޭނާ އުޅުނީ ބަލިވެއެވެ. I am to inform you ކަލެއަށް އެންގުމަކީ އަހުރެންގެ ޒިންމާ އެކެވެ. — be-all and end-all އެންމެ އިސްވެގެންވާ މަޤްޞަދު ނުވަތަ ކަމެއްގެ އަރަގު (އެސެންސް). be that as it may އެކަމުގެ ޙަޤީޤަތްތައް ކޮންމެ ގޮތަކަށް ހުރި ކަމުގައި ވިއަސް. have been ޒިޔާރަތް ކުރާ މީހެއްގެ ގޮތުގައި އައިސް ގޮސްފައިވުން. މ. I have been to Colombo.. Has the postman been?. Let it be އެކަމާ އަޅާ ނުލާށެވެ؛ ހުރިގޮތަށް އެކަން ބަހައްޓާށެވެ.
beach
ބީޗް. ނ. ބޮޑު ދިޔަވަރުގެ ރޮނގާއި ކުޑަދިޔައިގެ ރޮނގާ ދެމެދު ގޮނޑުދޮށެއްގައި ވެލިން ނުވަތަ ގަލުން އޮންނަ ސަރަޙައްދު. ދިޔަރެސް. ގޮނޑުދޮށް. —ކ. މޫދުން ނުވަތަ ކަނޑުން މި ސަރަޙައްދަށް އެއްޗެއް އެރުވުން. މ. ބޮއްކުރައެއް ބީޗްކުރުން. beach-head ނ. ޤައުމަކަށް އަރައިގަންނަ ބައެއް، ގޮނޑުދޮށުގައި ފުރަތަމަ ޤާއިމްކުރާ ދިފާޢީ ސަރަޙައްދު.
beachcomber
ބީޗްކޯމަރ. ނ. 1. ގޮނޑުދޮށުގައި ހިނގައިގެން ލައްގާފައި ނުވަތަ އެހެންވެސް ގޮތަކަށް ހުންނަ ތަކެތި އެކި ބޭނުންތަކަށް ހޮވާ މީހާ. 2. ގޮނޑުދޮށުގައި އެ ދުވަހަކު ލިބުނު އެއްޗަކުން ފުއްދައިލައިގެން އެހެން މަސައްކަތެއް ނުކޮށް އުޅޭ މީހާ. ނ. beachcombing.
beacon
ބީކަން. ނ. 1. އުސް ފަސްގަނޑެއްގައި ބަޔަކަށް އެއްޗެއް އެންގުމަށް ޖަހާ ހުޅު. ހުޅުހަންޖެހުން. 2. އިންޒާރަކަށް ނުވަތަ ރަމްޒަކަށް ބޭނުންކުރާ އަލި. 3. ބައްތި ދިއްލައިގެން ކަނޑުގައި ދުއްވާ އެއްޗިއްސަށް މަގު ދައްކާން އެއްގަމުގައި ހުންނަ ތަންތަން. 4. މަގު ހުރަސްކުރާ ތަން ފާހަގަކުރަން އަރިމަތީގައި ދިއްލާ ރީނދޫ ބޮކި.
bead
ބީޑް. ނ. 1. ނަރެއްގައި ނުވަތަ ރޮނދީގެ އެމުނުމަށް ލޯވަޅު ތޮރުފައި އޮމާންކޮށްފައި ހުންނަ ކުދި ހަރު އެތިކޮޅެއް. މިނާ. މި ލިބާހުގައި ހަރުކުރާންވެސް ބޭނުން ކުރެއެވެ. 2. ސަޠަޙައެއްގެ މަތީގައިވާ ދިޔައެއްގެ ތިއްކެއް. — beads މިނާ ފައްޗެއް. ތަސްބީޙަފަތި. draw a bead on އެއްޗަކަށް އަމާޒު ހިފުން.
beading
ބީޑިން. ނ. 1. މިނައިން ކޮށްފައިވާ ޖަރީއެއް. 2. މިނާފައްޗެއްހެން ލަކުޑިން ނުވަތަ އެހެންވެސް ގޮތަކަށް ކަނޑައިނަގައިފައިވާ ފަތިގަނޑެއް. 3. ފަރުނީޗަރު ފަދަ ތަކެތި ހަދާއިރު، ލަކުޑިން ފޮފަނަގައި، ކަންތަކުގައި ހަރުކުރަން ގެންގުޅޭ ހިމަ ފަތި.
beady
ބީޑި. ނއ. މިނާ އާ ވައްތަރު. beady eyes ކުޑަވެފައި އުޖާލާ. ކއ. beadily.
beagle
ބީގްލް. ނ. މުސަޅު ފަދަ ތަކެތި ޝިކާރަކުރަން ގެންގުޅޭ ކުޑަ ކުއްތާއެއް. beagling ކުޅިވަރެއްގެ ގޮތުގައި މިކަން ކުރާ ކުރުން.
beak
ބީކް. ނ. 1. ދޫންޏެއްގެ ބޮލުން ނުކުމެފައި ހުންނަ ހަރު ދެ ދަތްދޮޅި. ތުން. 2. މިގޮތަށް ނުކުމެފައި ހުންނަ އެހެން ކޮންމެ އެއްޗެއް. 3. ނުރަސްމީ ބަހުރުވައިން މެޖިސްޓްރެއިޓް. ނއ. beaked.
beaker
ބީކަރ. ނ. 1. ލެބޯރަޓަރީތަކުގައި ބޭނުންކުރާ، ދިޔާތަކެތި އެޅުމަށް ފަސޭހައަކަށް ކުޑަ ތުނބެއްލީ އަރިމަތި ރަހައަށް އަދި ފޫ ފަތާކޮށް ހުންނަ ކަންވާރެއް. 2. ރާ ބުޔުމަށް ބޭނުންކުރާ މި ސިފަ ޖަހާ ދިގު އަތްގަނޑު ނުހުންނަ ތައްޓެއް.
beam
ބީމް. ނ. 1. ބަރެއް ހިފެހެއްޓުމަށް، ހަތަރު އަރިއަށް ހުންނަ ދިގު ލަކުޑި ނުވަތަ އެހެންވެސް މަޢުދަނެއްގެ ބެރިއެއް. ބެރި. 2. އުޅަނދެއްގެ އެންމެ ފުޅާ ހިސާބުން އެއް ފަރާތުން އަނެއް ފަރާތަށް ހުންނަ ހުރަސް މިން. 3. ތިލަފަތެއްގައިހިމެނޭ ދެ ދަށި އެލުވާފައި ހުންނަ ދަނޑި. 4. އަލި ނުވަތަ އެހެންވެސް ބާވަތެއްގެ ރޭޑިއޭޝަންއެއްގެ ދޯދިތައް. މަތިންދާ ބޯޓަށް މަގުދެއްކުމަށް ނުވަތަ ރާޑަރަކުން ފޮނުވާ އިލެކްޓްރިކް ދޯދިތައް. 5. އުޖާލާ ހިނިތުންވުމެއް. އުޖާލާކޮށް ފެންނަ ފެނުމެއް. —ކ. 1. ދޯދިތަކެއްގެ ގޮތުގައި އެއްޗެއް (މ. އަލި) ފޮނުވުން. 2. އުފާވެރިކަމާއެކު ހިނިތުންވެލުން ނުވަތަ ބަލައިލުން. broad in the beam ނުރަސްމީ ބަހުރުވައިން މީހުންގެ ސިފައާ މެދު، އުނަގަނޑު ފަލަ. be on your beam ends މީހާގެ ވަސީލަތްތައް ކޮޅުންލާން ގާތްވެފައިވާ. ގޮތް ހުސްވެ، ހަލާކާ ގާތްވެފައި.
bean
ބީން. ނ. 1. ކިޑްނީގެ ސިފަ ޖަހާ އޮށެއް ހުންނަ ތޮޅިއެއް އަޅާ ގަހެއް. ތޮޅި، މުގު ގަސް. 2. ތަރުކާރީއެއްގެ ގޮތުގައި ބޭނުންކުރާ މި ގަހުގެ ތޮޅީގެ އޮށް. މުގު. 3. ކޮފީ ގަހުގެ ނުވަތަ އެހެން ވެސް ގަހުގެ މިފަދަ އޮށް. bean-bag ބައެއް ކުޅިވަރުތަކުގައި އުކަން ބޭނުންކުރާ، ތޮޅިއޮށް އެޅި ކުޑަ ބާލީހެއް. ގޮނޑިއެއްގެ ގޮތުގައި ބޭނުންކުރާ ޕްލާސްޓިކް އޮށްތަކެއް އެޅި ބޮޑު ކޮތަޅެއް. full of beans ނުރަސްމީ ބަހުރުވައިން ވަރަށް ފޯރީގައި. not a bean ނުރަސްމީ ބަހުރުވައިން އެންމެ ލާރިއެއް ވެސް ނެތް.
beano
ބީނޯ. ނ. މަޖާ ޕާޓީއެއް.
beanpole
ބީންޕޯލް. ނ. ނުރަސްމީ ބަހުރުވައިން ހިކި ދިގު މީހެއް. (ތޮޅި ހައްދަން ޖަހާ ދަނޑި).
bear
ބެއަރ. ނ. 1. ކެހެރި ދިގު ބޮޑު ބަރު ޖަނަވާރެއް. ވަލަހާ. ސާރިދޯޅު. 2. މިއާ ވައްތަރު ކުޑަކުދިން ކުޅޭ އެއްޗެއް. 3. ގޮތެއް ނެތް ތަހުޒީބު ނޫން މީހެއް. 4. the Great Bear, the Little Bear އުތުރު ތަރިއާ ގާތުގައިވާ ތަރިތަކެއް. ކައުކަބު. 5. ޙިއްޞާ ބާޒާރުގައި، ދަށް އަގެއްގައި އަވަހަށް ޙިއްޞާތައް އަނބުރާ ގަނެވޭނެ ކަމުގެ އުއްމީދުގައި ޙިއްޞާ ވިއްކާ މީހެއް. a bear market ޙިއްޞާ ބާޒާރުގައި ޙިއްޞާތަކުގެ އަގު އަވަހަށް ވެއްޓެމުންދާ ޙާލަތެއް.
bear
ބެއަރ. (bore, borne, bearing) ނ. 1. އުފުލުން. ވާގިވެރިވުން. bear oneself bravely ކެރުމާއެކު އުޅުން. 2. ނިޝާނެއް ނުވަތަ ސިފައެއް ހުރުން ނުވަތަ ދެއްކުން. މ. he still bears the scar އޭނާގެ ކިބައިގައި ލަކުނު އަދިވެސް އެބަހުއްޓެވެ. 3. ހިތުގައި ނުވަތަ ހަނދާނުގައި ވުން. bear a grudge ދެކޮޅުވެރިކަމެއް ހިތުގައި އޮތުން. I will bear it in mind އަހުރެން އެކަން ފިކުރުގައި ބަހައްޓާނަމެވެ. 4. ގެނައުން. ދިނުން. 5. ބަރުދާސްތުކުރުން، ކެތްކުރުން. grin and bear it ހެވިފައި އެކަމަށް ކެތްކުރާށެވެ. 6. ކަމަކަށް އެކަށީގެން ވުން. his language won't bear repeating އޭނާގެ ވާހަކަ ތަކުރާރުކުރުމަށް އެކަށީގެން ނުވެއެވެ (އެހާ ވެސް ހަޑިއެވެ.). 7. އުފެއްދުން. ވުޖޫދުވުން. land bears crops ބިމުން ބޯގަ ލިބެއެވެ. she had borne him two sons އެކަނބުލޭގެ އޭނާއަށް ދެ ފިރިހެން ކުދިން ވިހެއެވެ. 8. އަނބުރައިލުން، ގޯޅިއެޅުން. ފުޅާވެގެން، ފެތުރިގެން ދިއުން. bear right when the road forks މަގު ދެކަފިވުމުން ކަނާތްފަރާތަށް އަޅާށެވެ. 9. އޮބުން، ކޮށްޕުން. bear down ތިރިއަށް އޮބުން. bear down on ބާރަށް ނުވަތަ ޤަޞްދުގައި ގާތަށް ބިރުވެރިގޮތަކަށް އައުން (މ. ކާރެއް މީހަކާ ދިމާއަށް ޖައްސަން). bear on ކަމަކާ ގުޅިފައިވުން ނުވަތަ ތިމާގެވުން. matters bearing on public health ޢާއްމު ޞިއްޙަތާ ގުޅުން ހުރި ކަންކަން. bear up ޔަޤީން/ކަށަވަރު ކުރުން. bear up މާޔޫސްކަމަށް ނުވަތަ ބޭޤަރާރުކަމަށް ޖާގަ ނުދޭ މިންވަރަށް ހިތްވަރު ހުރުން. ކެތްކުރުން. bear with ކެތްތެރިކަމާއެކު ޞަބްރުވެރިވުން. bear witness to އެއްޗެއްގެ ޞައްޙަކަމުގެ ހެކި ދެއްކުން. it was borne in upon him އޭނާއަށް ޔަޤީންކަމާއެކު ޤަބޫލުކުރެވިފައިވަނީ.
bearable
ބިއަރަބްލް. ނއ. ކެތްކުރެވޭ ވަރުގެ. ތަޙައްމަލް ކުރެވޭފަދަ. ބަރުދާސްތުކުރެވޭ. ކއ. bearably.
beard
ބިއަޑް. ނ. 1. ފިރިހެނެއްގެ ދަތްދޮޅީގައި އަދި ވަށައިގެން ފަޅާފައި ހުންނަ އިސްތަށި. ތުނބުޅި. 2. މިގޮތަށް ގަހެއްގައި ނުވަތަ ޖަނަވާރެއްގައި ފަޅާފައި ހުންނަ ނަރު ނުވަތަ ކެހެރި. —ކ. ކެރުމާއެކު ކުރިމަތިލުން. beard the lion in his den އެމީހެއްގެ ވެށީގައި މީހަކާ ކުރިމަތިލުން. — ނއ. bearded.
bearer
ބިއަރަރ. ނ. 1. އެއްޗެއް ހިފައިގެން ދާ މީހާ. މ.cheque is payable to bearer ޗެކްގެ ފައިސާ ދެނީ އެ ހިފައިގެން ބޭންކަށް ދާ މީހާއަށް. 2. އެއްޗެއް ގެންދިއުމުގައި އެހީވާ މީހާ. މ. ސަންދޯއް ކަށްވަޅަށް ގެންދާ މީހާ.
beargarden
ބިއަރގާޑްން. ނ. ގަނޑުބަނޑު ނުވަތަ ހަޅޭކުގެ މަންޒަރެއް.
bearing
ބިއަރިންގ. ނ. 1. ހިނގާބިނގާ ވާއިރު ހަށިގަނޑު ގެންގުޅޭ ގޮތް. އުޅޭގޮތް. soldierly bearing އަސްކަރީ އުޅުން. 2. ކަންކަމާ މެދު ހުންނަ ގުޅުން. it has no bearing on this problem މި މައްސަލައާ އެކަމާ ގުޅުމެއް ނެތެވެ. get one's bearings ވެށީގެ ތަންތަން ދެނެގަނެގެން ތިމާ ހުރިތަން ނުވަތަ މަޤާމު ދެނެގަތުން. 3. ކޭއްތުމުން ހުންނަ ހިފަހައްޓާ ބާރު ކުޑަކުރުމަށް މެޝިންގެ އެނބުރޭބައި އެ ޖެހޭ ބަޔާ ދެމެދު ހަރުކުރާ އެއްޗެއް. ރޭޒާދަޅު. 5. އިހުގައި ބޭނުންކުރި އާއިލާތަކުގެ ނުވަތަ މަޝްހޫރު ދަރިފަސްކޮޅުގެ ނިޝާނެއް.
bearskin
ބެއަރސްކިން. ނ. 1. ސާރިދޯޅުގެ ކެހެރިހުންނަ ހަންގަނޑު. 2. އިނގިރޭސި ލަޝްކަރުގެ ބަޔަކު ބޮލަށް ފައްތާ މުށެއް ހާ ދިގުމިން ހުންނަ ސާރިދޯޅުގެ ކަޅުކެހެރިން ހަދައިފައި ހުންނަ ކޯރިއެއް.
beast
ބީސްޓް. ނ. 1. ބޮޑު ހަތަރު ފައި ހުރި ހައިވާނެއް. 2. އަނިޔާވެރި ނުރުހުންތެރި މީހެއް. 3. ނުރުހުންވާ މީހެއް ނުވަތަ އެއްޗެއް. އުނދަގޫ ދެނިވި އެއްޗެއް.
beastly
ބީސްޓްލީ. (beastlier, beastliest) ނއ. 1. ބޮޑު ހައިވާނެއް ފަދަ، ނުވަތަ އެ ސިފަހުރި. ވަޙްޝީ. 2. ނުރަސްމީބަހުރުވައިން ވަރަށް ހިތްގައިމުނޫން. މ. ބީސްޓްލީ މޫސުން.
beat
ބީޓް. (beat, beaten, beating) ކ. 1. ތަކުރާރުކޮށް ޖެހުން. ތެޅުން. ޚާއްޞަކޮށް ދަނޑިބުރިއަކުން ތެޅުން. މ. we heard the drums beating ބެރުގައި ތަޅާ އަޑު (ބެރު ޖަހާ އަޑު) އަހުރެމެން އެހީމެވެ. 2. ޖެހުން. މ. the sun beat down ގަދައަށް އަވި ދިނުން. 3. ތަޅައިގެން އެއްޗަކަށް ސިފަ ގެނައުން. މ. beat a path ވިނަތަކާއި ގަސްތަކުގެ މަތީގައި ހިނގައިގެން މަގެއް ކޮށުން. 4. ހަލައިގެން އެއްޗެއްގެ ގަނޑުތައް ގިރުވައިލުން. މ. ކުކުޅުބިސް ގިރުން. 5. (ހިތާމެދު) ފުފި ފިތިގެން ހަމައަކަށް ވިންދު ޖެހުން. 6. އުނދަގުލަކުން އަރައިގަތުން. އެހެން އެއްޗަކަށް ވުރެ ރަނގަޅުވުން. someone beat me to it އޭނާ އަހަރެންނަށް ވުރެ ކުރިއަށް/އަވަހަށް ދިއުން. it beats me އެކަން އަހުރެންނަކަށް ނުވި. 7. ވައި ޖެހޭ ދިމާއަށް ރިޔާނެގި އެއްޗެއް ދަތުރުކުރުން. މިހެން ހަދަނީ ދެ ފަރާތަށް ކައްޗަށް ދުއްވައިގެން. —beat ނ. 1. ތަރުތީބެއް ހުރި ތެޅުމެއް. މީގެ އަޑު. 2. އެކި މިޔުޒިކްތަކާއި ޅެމުގައި ހިމެނޭ ތާލު. 3. މަގުމަތި ބަލަހައްޓާ ފާރަވެރިއެއް ނުވަތަ ފުލުހެއް ވާނުވާ ބެލުމަށް ހިނގާ ޢާއްމު މަގު. މިގޮތުން އެމީހާ ބަލަހައްޓާ ސަރަޙައްދު. beat about the bush އަޞްލު މައްސަލަ ފިޔަވައި އެކަމާ ގުޅުން ހުރި އެހެން ދުރުކަންކަން މަޝްވަރާކުރުން. beat a person down ދަމާކަނޑާއިރު، ވިއްކާ މީހާ ބުނާ އަގު ދަށްކުރާގޮތް ހެދުން. beat a retreat ހަނގުރާމައަކުން ބަލިވެގެން އައުން. beaten track ގިނަ ދުވަހު ހިނގުމުގެ ސަބަބުން ވިނަ ނުފަޅާ ފާހަގަވެފައި އޮންނަ މަގު. beat off ތަޅާފޮޅައިގެން ފައްސާލުން. beat time ދަނޑިކޮޅެއް ބޭނުންކޮށްގެން ނުވަތަ އެއްޗެއްގައި ޖަހައިގެން މިޔުޒިކެއްގެ ތާލު ފާހަގަކުރުން. beat up މީހަކަށް ބޮޑަށް އަނިޔާކުރުން.
beater
ބީޓަރ. ނ. 1. އެއްޗެތީގައި ތަކުރާރުކޮށް ތަޅަން ބޭނުންކުރާ އެއްޗެއް. މ. ކުނާ، ދޫލަ ސާފުކުރަން ތަޅާއެތި. ކުކުޅުބިސް ގިރާ އެތި. 2. ޝިކާރަކުރާ މީހުންނާ ދިމާއަށް ޖަނަވާރުތައް ލަވަން ހުންނަ މީހާ.
beatific
ބިއަޓިފިކް. ނއ. ވަރަށް ބޮޑު އުފާވެރިކަން ހާމަވާ. މ. beatific smile އުފާވެރި ހިނިތުންވުމެއް.
beatify
ބިއަޓިފައި. ކ. ނަޞާރާދީނުގައި މީހަކު ވަލީ ބޭކަލަކަށް ހަދަން ވެގެން، އެމީހާ އުޅުނީ ވަރަށް ރަނގަޅު އުޅުމެއްކަމަށް ޕޯޕު ބުނާ ބުނުން. ނ. beatification.
beating
ބީޓިން. ނ. 1. އެއްޗެއްގައި ނުވަތަ މީހެއްގައި ދަނޑިބުރިއެއް ފަދަ އެއްޗަކުން ޖަހާ ޖެހުން. 2. (ތަޅާފޮޅުމެއްގައި) ވާ ބަލި.
beatitude
ބިއުޓިޓިއުޑް. ނ. ނިޢުމަތްލެއްވިގެން ވުން. the Beautitudes ނަޞާރާ ދީނުގައި ސަލާމްލެއްވި ޢީސާގެފާނު ވިދާޅުވިކަމަށް ބުނާ ވައުޒެއް.
Beaufort-scale
ބޯފަޓް-ސްކެއިލް. ނ. ވައިގެ ބާރުމިން މިނަން އަދި ސިފަކުރަން ގެންގުޅޭ މިންގަނޑެއް. މި މިންގަނޑުގައި ވައި ހިނދިފައި އޮތުމަކީ 0 އެވެ. 12 އަކީ ޠޫފާންގެ ވައި ޖެހުމެވެ.
Beaujolais
ބޯޒޯލޭ. ނ. ފަރަންސޭސި ވިލާތުގެ މިނަން ކިޔާ އަވަށަކުން އުފައްދާ ބަނގުރަލުގެ ބާވަތެއް.
beaut
ބިއުޓް. ނ. ނުރަސްމީ ބަހުރުވައިން beauty އެއް.
beautician
ބިއުޓިޝަން. ނ. އެމީހެއްގެ ވަޒީފާއަކީ އެހެން މީހުންގެ މޫނު ނުވަތަ ހަށިގަނޑު ރީތިކުރުމަށް ތަފާތު ފަރުވާކުރުން ކަމަށް ވާ މީހާ.
beautiful
ބިއުޓިފުލް. ނއ. 1. ރީތިކަން ހުރި. ޗާލު. ސިކުނޑިއަށާއި ޙިއްސުތަކަށް އަރާމު ދޭ. 2. ވަރަށް ރަނގަޅު. ވަރަށް ކަމުދޭ. ކއ. beautifully.
beautify
ބިއުޓިފައި. ކ. ރީތިކުރުން. ޒީނަތްތެރިކުރުން. ޗާލުކުރުން. ކއ. beautification.
beauty
ބިއުޓި. ނ. 1. ހިއްސުތަކަށް ނުވަތަ ސިކުނޑިއަށް އަރާމުލިއްބައިދޭ ސިފަތައް ހުންނަ ހުރުން. ރީތިކަން. 2. މި ސިފަހުރި މީހެއް ނުވަތަ އެއްޗެއް. ރީތި އަންހެނެއް. 3. އެއްޗެއްގެ ލާމަސީލު ނަމޫނާއެއް. 4. އެއްޗެއްގެ ރީތި ސިފައެއް. މ. that's the beauty of it. އެ އެއްޗަށް ހިތްގައިމުކަން ގެނުވާ ސިފަ. beauty parlour ރީތިކުރާ ކަންކަން މޫނާއި އެހެން ގުނަވަންތަކަށް އަގަށް ކުރާ ފިހާރައެއް. beauty queen މުބާރާތެއްގައި އެންމެ ރީތިކަމަށް ހޮވޭ އަންހެނާ. beauty salon ބަލާ beauty parlour. beauty sleep މީހެއްގެ ރީތިކަން ހިފަހައްޓާ ކަމަށް ބުނާ ނިދުން. beauty spot ހިތްގައިމު މަންޒަރެއް ފެންނަ ތަނެއް. ރީތިކަން އިތުރުކޮށްދޭ ކަމަށް ބުނާ ލަފެއް.
beaver
ބީވަރ. ނ. 1. ފެނާއި އެއްގަމުގައި އުޅޭ މަޑު ކެހެރި ހުންނަ އަދި ދަތް ވަރުގަދަ ޖަނަވާރެއް. ސައްމޫރު. 2. މި ޖަނަވާރުގެ މުށިކުލައިގެ ކެހެރި. —ކ. ގަދައަށް މަސައްކަތް ކުރުން. މ. beavering away at it.
bebop
ބީޕޮޕް. ނ. ބާވަތެއްގެ ޖާޒް މިޔުޒިކެއް.
becalmed
ބިކާމްޑް. ނއ. ވައި ހުސްވުމުން، ދަތުރު ނުކުރެވިފައި.
became
ބިކެއިމް. ބަލާ become.
because
ބިކޯޒް. ކޖ. އެ ސަބަބާ ހެދި. އެހެންވެ. did it because I was asked އަހަރެން އެކަންކުރީ ކުރާށޭ ބުނީމާ. —ކއ. because of ސަބަބާ ހެދި. އެކަމާ ހެދި. މ. because of his age.
bechamel sauce
ބެޝަމަލް ސޯސް. ނ. ކެއުމުގައި ބޭނުންކުރާ ގޮދަންފުށާއި ކިރާއި ބަޓަރުން ހަދާ ހުދުކުލައިގެ ސޯސް އެއް.
beck
ބެކް. ނ. (އުތުރު އިނގިރޭސިވިލާތުގައި) ކުޑަ އާރެއް. ފަރުބަދައިން ފެންފައިބާ ހަނި ކޯރެއް.
beck
ބެކް. ނ. (އިހުގެ މާނަ). އަތުން ފަދަ ގޮތަކަށް ކުރާ އިޝާރާތެއް. ހަނާއެޅުމެއް. at someone's beck and call މީހަކު އަންގާލުމުން އޭނާގެ އޯޑަރަށް ތަބާވާން ތައްޔާރަށް.
beckon
ބެކަން. ކ. (beckon, beckoning). އިޝާރާތަކުން އައުމަށް އަންގާލުން.
become
ބިކަމް. (became, become, becoming) ކ. 1. ކަމެއް ވުމަށް ފެށުން. ބޮޑު ވުން. ފެށިގެން ވުން. މ. he became a doctor, ask what he has become of it. އަހާށޭ އެއަށް ހެދީ ކިހިނެއްހޭ. ނުވަތަ ވީ ކޮންތާކުހޭ. 2. މީހަކާ ނުވަތަ އެއްޗަކާ ރީއްޗަށް ގުޅުން. މީހަކާ ގުޅިގެން ރީތިވުން. That colour becomes you އެ ކުލަ ކަލެއާ ވަރަށް ގުޅޭ.
becoming
ބިކަމިން. ނއ. ގުޅޭ. ހިތްގައިމުކަމެއް، ރީތި އަސަރެއް ލިއްބައިދޭ.
bed
ބެޑް. ނ. 1. ނިދުމަށާއި އަރާމުކުރުމަށް ބޭނުންކުރާ ފަރުނީޗަރެއް. ގޮދަނޑިއާއި ފޮތިތައް ހިމެނޭ ގޮތަށް އެނދު. 2. ގޮދަނޑި. 3. އެނދުގެ ބޭނުން. އެނދުގައި ވުން. go to bed ނިދަން އެނދަށް އެރުން. go to bed with a person މީހަކާ ޖިމާޢުވުން. 4. އެއްޗެއް ބަހައްޓާ ނުވަތަ ހަރުކުރާ ފަތާ އެއްޗެއް. ބިންގާ. 5. ކޯރެއް، ފެންގަނޑެއްގެ ފަދަ ތަނެއްގެ ފޫ. 6. ފަށަލައެއް. މ. a bed of clay މަށި ފަށަލައެއް. 7. ތަރުކާރީ ފަދަ ތަކެތި އިންދަން ތައްޔާރުކޮށްފައިވާ ދަނޑުން ބައެއް. —ކ. 1. ނިދާނެ ތަނެއް ދިނުން. އެނދުގައި ބޭއްވުން (މ. ކުޑަކުދިން). 2. ހަމަ ފުލެއްގައި ބެހެއްޓުން ނުވަތަ ހަރުކުރުން. 3. ބަގީޗާ އިންދަން ތައްޔާރުކޮށްފައިވާ ތަނެއްގައި އޮށް/ގަސް އިންދުން. no bed of roses ފަސޭހަ ނުވަތަ ހިތްގައިމު ޙާލަތެއް ނޫން.
bedbug
ބެޑްބަގް. ނ. އެނދުގައި އަޅާ ތަތްމަކުނު.
bedclothes
ބެޑްކްލޮއުތްސް. ނ. ބެޑް ޝީޓާއި ރަޖާ ފަދަ ތަކެތި.
bedding
ބެޑިން. ނ. ގޮދަނޑިއާއި އެނދުގައި އަޅާ ފޮތި ފަދަ ތަކެތި (މ. ބެޑްޝީޓް).
bedfellow
ބެޑްފެލޮއު. ނ. 1. އެއް އެނދެއްގައި ނިދާ ތިމާ ނޫން އެހެން މީހެއް. 2. ކޮންމެވެސް މަސައްކަތެއްގެ ބައިވެރިއެއް. politics makes strange bedfellowsސިޔާސީ ކަންކަން ގާތްނުވާނެކަމަށް ހީނުކުރާ މީހުން ގާތް ކުރެއެވެ.
Bedfordshire
ބެޑްފަޑްޝަޔަރ. ނ. އިންގްލަންޑްގެ އިދާރީ ދާއިރާއެއް.
bedlam
ބެޑްލަމް. ނ. މ. މީހުންތަކެއް އެއްވެގެން ފަދަ ކަމަކުން އުފެދޭ އަޑުގަދަވުން.
Bedouin
ބެޑޫއިން. ބެޑްވިން. ނ. ސަޙަރާގެ ތެރޭގައި ފޭލިގެ ޖަހައިގެން އުޅޭ އަރަބި މީހެއް. ބަދަވީން.
bedpan
ބެޑްޕޭން. ނ. އެނދުމަތިވެފައިވާ މީހަކު، ބޮޑުކަމު ނުވަތަ ކުޑަކަމު ދާން ބޭނުންކުރާ ތަށި.
bedpost
ބެޑްޕޯސްޓް. ނ. އެނދުގެ ހަތަރުކަނުގައި ހުންނަ ދިގު ފައި. މި ލަފުޒު ގިނައިން ބޭނުންކުރަނީ މި ފައި މުޑިއެއް ގޮތަށް މައްޗަށް ހުންނަ ނަމައެވެ.
bedraggled
ބިޑްރެގްލްޑް. ނއ. ތެތް، ހަޑި، އިންތިޒާމެއް ނެތް. ކިލައިން ތަތްތެޅިފައި.
bedridden
ބެޑްރިޑްން. ނއ. ބަލީގެ ސަބަބުން އެނދުނޫން ތަނަކު ނޫޅެވޭ. ނުތެދުވެވޭ. މި ލަފުޒު ގިނައިން ބޭނުންކުރަނީ ދާއިމަށް މިގޮތް މެދުވެރިވުމުންނެވެ.
bedrock
ބެޑްރޮކް. ނ. 1. ފަސްގަނޑުގެ އަޑީގައިވާ ގަލުގެ ފަށަލަ. 2. އަސާސީ އުސޫލުތައް ނުވަތަ ޙަޤީޤަތްތައް.
bedroom
ބެޑްރޫމް. ނ. ނިދަން ބޭނުންކުރާ ކޮޓަރި. ނިދާކޮޓަރި.
Beds.
ބެޑްސް. ނ. ކުރުކޮށް Bedfordshire.
bedside
ބެޑްސައިޑް. ނއ. އެނދުގެ ގާތުގައި، މ. ބެޑްސައިޑް މޭޒެއް.
bed-sitting-room
ބެޑް-ސިޓިން-ރޫމް. ނ. އިށީދެ އުޅޭ މެދުކޮޓަރިއާއި ނިދާ އެނދާ އެއް ޖާގައެއްގައި ހުންނަ ފްލެޓް ނުވަތަ ކޮޓަރި. ކުރުކޮށް bet-sit, bed-sitter.
bedsore
ބެޑްސޯ. ނ. ގިނައިރު އެނދުގައި އޮތުމުން ލޭހިނގުމަށް ދަތިވެގެން އުފެދޭ ފާރު. ތަންފާރު.
bedspread
ބެޑްސްޕްރެޑް. ނ. ނުނިދާ ވަގުތުތަކުގައި އެނދުގެ މަތީގައި އަޅާ ފޮތިގަނޑެއް.
bedstead
ބެޑްސްޓެޑް. ނ. ގޮދަނޑި އަދި/ނުވަތަ އިސްފިރޭނުގަނޑު ހިފަހައްޓާ އެނދުގެ އޮނިގަނޑު.
bedtime
ބެޑްޓައިމް. ނ. ނިދަން އޮށޯންނަ ގަޑި.
bee
ބީ. ނ. މާމެލިން ފޮނިބޮއެގެން މާމުއި އާއި އުށް އުފައްދާ ހަތަރު ފިޔަލީ ޙަޝާރާއެއް. މާމުއި ކުޅަނދުރު. ނަހުލާ. މަކީ (އުރުދޫ)، ތީނީ (ތަމަޅަ)، ހަޗި (ޖަޕާން). have a bee in one's bonnet މީހަކަށް އަބަދު ފިކުރު ހިންގޭ ކަމެއް. make a bee-line for ސީދަލަށް ނުވަތަ ހަލުވިކޮށް ތަނަކާ ގާތަށް އައުން ނުވަތަ ދިއުން.
Beeb
ބީބް. ނ. ނުރަސްމީ ބަހުރުވައިން BBC.
beech
ބީޗް. ނ. 1. ފަތްތަކާއި ތޮށި އޮމާން ގަހެއް. 2. މީގެ ލަކުޑި.
beef
ބީފް. ނ. 1. ކެއުމަށް ބޭނުންކުރާ ގެރީގެ މަސް. 2. ހަށިގަނޑުގެ މަސްތަކުންލާ ބާރު. 3. ނުރަސްމީ ބަހުރުވައިން ޝަކުވާ. —ކ. ނުރަސްމީ ބަހުރުވައިން ޝަކުވާ ކުރުން. beef tea ކެއުންބުޔުމަށް ދަތި މީހުންނަށް ދޭ ގެރިމަހުން އުފައްދާ ބުޔުމެއް.
beefburger
ބީފްބާގަރ. ނ. ތެލުލާފައި ނުވަތަ ފިހެފައިވާ މުގުރި ގެރިމަސް ފޮއްޗެއް.
beefeater
ބީފްއީޓަރ. ނ. މާއިހުގެ ޔުނިފޯމެއް އަޅައިގެން ޓަވަރ އޮފް ލަންޑަން ބަލަހައްޓަން ފޯރިމަރާ މީހެއް.
beefsteak
ބީފްސްޓޭކް. ނ. ތެއްލުމަށް ނުވަތަ ފިހުމަށް ކަނޑައިފައިވާ ގެރިމަސް ފޮއްޗެއް.
beefy
ބީފި. (beefier, beefiest)ނ. ހަރު މަސްޖެހި ހަށިގަނޑެއް ލިބިގެންވާ.
beehive
.ބީހައިވް. ނ. މާމުއި ކުޅަނދުރު ހަތާ.
beer
ބިއަރ. ނ. ހޮޕްސް ކިޔާ ގަހެއްގެ މަލާއި ކޯދުލީ އޮށުން ރަހަ ލައްވައިގެން އުފައްދާ ޢަމަލުވާ ރަލެއް.
beery
ބިއަރި. ނއ. ބިއަރ (މަތި ބަލާ!) އާ ވައްތަރު، އޭގެ ރަހަ ނުވަތަ ވަސް ހުންނަ.
beeswax
ބީސްވެކްސް. ނ. މާމުއިކުޅަނދުރުން (ނަޙުލުން) އުފައްދާ، ލަކުޑި އޮފުކުރަން ގެންގުޅޭ ރީނދޫ އުށް.
beet
ބީޓް. ނ. ގޮނޑި ފަލަކޮށް ހުންނަ ގަހެއް. ބިތްތަލަ. ބީޓާ. މިގަހުގެ ގޮނޑި ބޭނުންކުރަނީ ހަކުރު ހަދާށާއި ތަރުކާރީގެ ގޮތުގައެވެ.
beetle
ބީޓްލް. ނ. ރުކުމަޑި ފަދަ، ހަފައި ހުންނަ، އޭގެ ފިޔަގަނޑު ހަރު މަތިގަނޑަކުން ނިވާކޮށްފައި ހުންނަ އުދުހޭ ސުއިއްޕެއް (ޙަޝާރާއެއް).
beetling
ބީޓްލިން. ނއ. މަތިން ތިރިއަށް އެލިގެން ފައިބާފައިވާ. ބޭރަށް ނުކުމެފައިވާ. މ. ބީޓްލިން ބުމަ.
beetroot
ބީޓްރޫޓް. ނ. ބީޓް ގަހުގެ ގޮނޑި. މިއީ ތަރުކާރީއެއްގެ ގޮތުގައި ބޭނުންކުރާ ގޮނޑިއެކެވެ.
befall
ބިފޯލް. (befell, befallen, befalling) ކ. ރަސްމީބަހުރުވައިން ކަމެއް ވުން. އެއްޗަކަށް ނުވަތަ މީހަކަށް ކަމެއް ވުން.
befit
ބިފިޓް. (befit, befitted, befitting) ކ. ކަމަކަށް ރަނގަޅުވުން ނުވަތަ އެކަށޭނަވުން. ލާއިޤްވުން، މުނާސަބުވުން.
before
ބިފޯރ. ޕރޕ. ކއ. ކޖ. 1. (ކަމެއް އޮންނަ ވަގުތަށް ވުރެ) ކުރިން. އިހަށް. 2. (ތަރުތީބެއްގައި) ކުރިން. ކުރިމަތީގައި. މ. anxiety to appear before court ކޯޓަށް ވަދެ ހުންނަން ނުތަނަވަސްވުން. before the judge ފަނޑިޔާރުގެ ހާޒިރުގައި. 3. ވަކި ކަމަކަށް ވުރެ ރުހެވޭ. މ. death before dishonour ޝަރަފުގެއްލުމަށް ވުރެ ކުރިން މަރުވެސް ރަނގަޅެވެ. before Christ މީލާދީ ސަނަތު ފެށުމުގެ ކުރިން. (ޢީސާ ޢަލައިހިއްސަލާމް ދުނިޔެވަޑައިގަތުމުގެ ކުރިން)
beforehand
ބިފޯހޭންޑް. ކއ. ވަކި ވަގުތަކަށް ވުރެ ކުރިން. ތައްޔާރުވުމުގެ ގޮތުން.
befriend
ބިފްރެންޑް. ކ. ރައްޓެއްސެއްގެ ގޮތުގައި އުޅުން. އޯގާވެރިވެ އެހީތެރިވުން.
beg
ބެގް. (begged, begging) ކ.
began
ބިގޭން. ބަލާ begin.
beget
ބިގެޓް. (begot, begotten, begetting) ކ. 1. އެއްޗެއްގެ ނުވަތަ މީހެއްގެ ބައްޕައަކަށް ވުން. 2. އުފަންކުރުން. ވުޖޫދުކުރުން. އުފެދިގެން އައުން. މ. war begets ruin ހަނގުރާމައިން ހަލާކު އުފަންކުރުވައެވެ.
beggar
ބެގަރ. ނ. 1. ސަލާން ޖަހައިގެން އުޅޭ މީހާ. ވަރަށް ފަޤީރު މީހެއް. 2. ނުރަސްމީ ބަހުރުވައިން މީހެއް. —beggar ކ.ނ 1. ފަޤީރުކަން، ތަދު ކުރިމަތިވުން. 2. ނުފުދޭގޮތް ވުން، ފަޤީރުކަމަށް ފެނުން. މ. the scene beggars description ސިފަކުރުންތައް މަންޒަރު ފަޤީރުކުރެއެވެ = ސިފަ ނުކުރެވޭހާ މަންޒަރު ރީއްޗެވެ. ކިތަންމެ މޮޅު ސިފަކުރުމެއް ވެސް ނުފުދޭހާ ރީއްޗެވެ.
beggarly
ބެގަލީ. ނއ. 1. މިންވަރު މަދު. ނޭކަށޭނެ. މ. ބަޖެޓުން އޮފީސް ހިންގަން ލިބުނީ ބެގަލީ މިންވަރެކެވެ. 2. ފެންނަ ފެނުމުގައި ނުވަތަ އުޅުމުގައި ފަޤީރު.
begin
ބިގިން. (began, begun, beginning) ކ. 1. ޢަމަލެއްގެ ނުވަތަ ކަމެއްގެ ފުރަތަމަ ބައި ފެށުން. 2. ކަމެއް ކުރަން ފަށާ ފުރަތަމަ މީހާއަށް ވުން. I can't begin to thank you ފުދޭ މިންވަރަކަށް ކަލެއަށް ޝުކުރުވެރިއެއް ނުވެވޭނެ. 2. ވުޖޫދުވެގެން އުފެދިގެން އައުން. ޝުރޫޢު. 3. އެއްޗެއްގެ ފުރަތަމަ ބަޔަށް ނުވަތަ ފެށުމަށް ވުން. މ. he begins his job at 7 އޭނާގެ މަސައްކަތް ފަށަނީ 7 ޖަހާއިރު އެވެ. to begin with ފުރަތަމަ ކަމެއްގެ ގޮތުގައި.
beginner
ބިގިނަރ. ނ. ހުނަރެއް ދަސްކުރަން ފަށައިގަނެގެން އުޅޭ މީހާ.
beginning
ބިގިނިން. ނ. 1. ފުރަތަމަ ބައި. 2. އެއްޗެއް ނުވަތަ ކަމެއް ފަށާ ތަން. އެއްޗެއްގެ ފެށުން. އުފެދުމުގެ އަޞްލު.
begone
ބިގޯން. ކ. ހަލިކޮށް ދުރަށް ދިއުން. މ. "Begone!" he shouted = 'ދުރަށް ދާށެވެ!' އޭނާ ހަޅޭއްލަވައިގަތެވެ.
begonia
ބިގޯނިއާ. ނ. ފަތްތަކާއި މަލުގެ ކުލަ ގަދަ ބަގީޗާ ގަހެއް.
begrudge
ބިގްރަޖް. ކ. އެހެން މީހަކަށް ތިމާއަށް ނުލިބޭ އެއްޗެއް ލިބުމުން ދެރަވުން. ފައިސާ ނުވަތަ ވަގުތު ހޭދަކުރަން ޖެހޭ ގޮތުން މޮޅިވުން.
beguile
ބިގައިލް. ކ. 1. އޮޅުވައިލުން. 2. މީހެއްގެ ޝައުޤުވެރިކަން ނުވަތަ ސަމާލުކަން ހޯދުން. ފޫހިފިލުވުން. 3. މީހަކަށް ވަކި އެއްޗެއް ގަދަކަމުން ވިސްނައިދީގެން އޭނާއަށް މަކަރުހެދުން. މ. the cashier beguiled him into buying a rotten fruit. ސޭޓު އޭނާއާ ވާހަކަދައްކާ އޮޅުވައިލައިގެން ފީވެފައިވާ މޭވާއެއް ގަނުވިއެވެ.
begum
ބޭގަމް. ނ. (ޕާކިސްތާނާއި އިންޑިއާގައި) 1. މީހަކާ އިނދެގެން އުޅޭ އަންހެނެއްގެ ލަގަބު. 2. ޤަދަރުވެރި މުސްލިމް އަންހެނެއް.
behalf
ބިހާފް. ނ. on behalf of ބަދަލުގައި. އެހެން ބައެއް ތަމްސީލުކުރުމުގެ ގޮތުން. މީހެއްގެ މަންދޫބެއްގެ ގޮތުގައި.
behave
ބިހެއިވް. ކ. 1. ވަކި ގޮތަކަށް ޙަރަކާތްތެރިވުން ނުވަތަ ޢަމަލުކުރުން. 2. މަސައްކަތް ކުރުން. މ. ކާރު މިއަދު ރަނގަޅަށް ބިހެއިވް ކުރެއެވެ. 3. ރަނގަޅު އުޅުން ހާމަކުރުން. ރަނގަޅު ސުލޫކަށް އުޅުން. well-behaved އުޅުން ރަނގަޅު.
behavior
ބިހެއިވިއަރ. ނ. މީހަކު އުޅޭ ގޮތާއި އެހެން މީހުންނާ ދޭތެރޭ ކަންތައްތައް ކުރާ ގޮތާއި އަދަބުތައް. ސުލޫކް. އަޚްލާޤް. ރަފްތާރު. behavioural ނއ.
behead
ބިހެޑް. ކ. ބޯ ކަނޑައިލުން. މިގޮތަށް މީހަކު ޤަތުލުކުރުން.
behind
ބިހައިންޑް. ނއ. 1. ފަހަތުގައި. 2. ކުރިން އެއްޗެއް އޮތް ނުވަތަ ވީ ތަނުގައި. 3. އެހެން މީހަކަށް ވުރެ ފަހުން ނުވަތަ ލަހުން. އަންނަންވީ ވަރަށް ވުރެ ފަހުން. he was lagging behind އެހެން މީހުންނާ އެއްވަރަކަށް ނޫން. stayed behind އެހެން މީހުން ދިއުމުންވެސް މަޑުކޮށްގެން ހުރުން. —ޕރޕ. 1. އެއްޗެއްގެ ފަހަތުކޮޅުގައި. ދުރާވީ ހިސާބުގައި. put the past behind you ވޭތިވެގޮސްފައިވާ ތަން ފާއިތުވެއްޖެކަމަށް ބަލާށެވެ. 2. ކަމަކަށް ވާގިދޭ ނުވަތަ މެދުވެރިކުރުވާ. ask what lies behind his refusal އޭނާގެ އިންކާރުގެ ފަހަތުގައިވަނީ ކޮންކަމެއްތޯ އަހާ = އޭނާ އިންކާރުކުރި ސަބަބު އަހާ. the man behind the project މަޝްރޫޢު ކުރިއަރުވާ ވާގިދޭ މީހާ. 3. އެހެން ބަޔަކަށް ވުރެ ކުރިއެރުން ލަސް. some countries are behind others in development ތަރައްޤީގައި ބައެއް ޤައުމުތައް ވަނީ އެހެން ޤައުމުތަކަށް ވުރެ ފަހަތުގައި. 4. އެހެން ބަޔަކަށް ނުވަތަ އެއްޗަކަށް ވުރެ ފަހުން. behind schedule ރާވާފައިވާ ވަގުތަށް ވުރެ ފަހުން. behind time ލަސްވުން. ގަޑިއަށް ނައުން. behind a person's back މީހަކަށް މަކަރުވެރިކަމާއެކު ސިއްރެއް ފޮރުވުން. behind the scenes ސްޓޭޖްގެ ފަހަތުގައި. ގިނަ މީހުންނަށް ނުފެންނަ/ނޭނގޭ ގޮތުގައި. behind the times މާ ކުރީގެ ޚިޔާލާއި ގޮތްތައް ހުރި.
behindhand
ބިހައިންޑްހޭންޑް. ނއ. ކއ. 1. ކަމެއް ކުރުމުގައި ފަސް ޖެހިފައި. ލަސްވެފައި. އުއްމީދުކުރާ ވަރަށް ވުރެ ކަމެއް ކުރުން ލަސްވެފައި. 2. ދަރަނި ނުފިލުވިފައި.
behold
ބިހޮއުލްޑް. (beheld, beholding) ކ. ފެނުން. ފަރުވާތެރިކަމާއެކު ބެލުން. ނ. beholder.
beholden
ބިހޮއުލްޑަން. ނއ. އެހެން މީހަކު ކޮށްދިން ކަމަކުން، އެމީހުންނަށް ކަމެއް ކޮށްދޭންޖެހޭ. ޝުކުރުވެރިވާން ޖެހޭ. we don't want to be beholden to anybody އެއްވެސް މީހަކަށް ބަދަލުގައި ކަމެއް ކޮށްދޭންޖެހޭ ހާލަތެއް އަހުރެމެން ބޭނުމެއް ނޫނެވެ.
behove
ބިހޯވް. ބިހޮއުވް. ކ. ލާޒިމުވުން. އެކަށީގެންވުން. މ. it behoves us to help the needy ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވުން އަހުރުމެންނަށް ލާޒިމުވެގެން ވެއެވެ.
behoove
ބިހޫވް. ކ. އެމެރިކާގައި behove ލިޔާގޮތް. ބަލާ behove.
beige
ބެއިޖް. ނ. މަޑު މުށިކުލަ.
Beijing
ބޭޖިން. ނ. ޗައިނާގެ ވެރިކަން ކުރާ ޝަހަރު. (ކުރިން ކީ ނަމަކީ ޕީކިން).
being
ބީން. ނ. 1. ވުޖޫދުވެގެން ވާ މީހެއް ނުވަތަ އެއްޗެއް. އެއްޗެއް ވެގެން ވުން. come into being ވުޖޫދުވުން. ނެތުމުގެ ތެރެއިން އުފެދިގެން އައުން. the richest woman in being ވުޖޫދުގައިވާ އެންމެ މުއްސަނދި އަންހެނާ. 2. ދިރުން. ޚާއްޞަކޮށް ދިރުން ހުރި ވާ އެއްޗެއް ނުވަތަ މީހެއް. 3. the Supreme Being ކަލާނގެ.
Beirut
ބޭރޫޓް. ނ. ބޭރޫތު. ލުބްނާންގެ ވެރިކަން ކުރާ ރަށް.
Great work. Keep going!