މާލޭގެ ހުޅަނގު ފަރާތުގައިވާ ރަސްފަންނުގެ މަގަތުން ހަދަމުންދިޔަ ”ދުވާ މަގު“ ނުވަތަ ”ޖޮގިން ޓްރެކް“ އަކީ ފަރުމާގެ ގޮތުން އެކަން ކުރަންނުވާ ގޮތުގެ ރީތި މިސާލެކެވެ. މާލޭގައި ކަމުނުދާގޮތަށް ކޮށްފައި ހުންނަ ކަންތައްތައް، ރާއްޖެތެރޭގެ ރަށްތަކުން ކޮޕީ ކުރެއެވެ. މިގޮތުން އަޅުގަނޑު އަޑުއަހާ ވާހަކަތަކުގެ ތެރޭގައި، މާލޭގެ މަލަމަތި ފެންނައިރު، އަނބުގަސް ނުފެންނާތީ، ރާއްޖެތެރޭގެ ރަށެއްގެ އަނބުގަސްތައް ކަނޑާލިވާހަކަ އާއި، ކުޅުދުއްފުށީގެ މައިމަގުގައި ތާރުއެޅިއިރު، މާލޭގައި ޕޭވްމަންޓް ފުޅާކޮށް ނުހުންނާތީ ހަނިކުރި ވާހަކަ އަޑުއިވިފައި ވެއެވެ. ޚުދު އަޅުގަނޑު ވެސް، ތަހުޒީބު ޤައުމުތަކުގައި ހަދާ ގޮތަށް، ކުޅުދުއްފުށީ އަމީނީ މަގުގައި ހަދަންފަށާފައިއޮތް ޕޭވްމަންޓް ދުށީމެވެ. ފަހުން ފެނުނީ މާލޭގައި ހަދާފައިވާ ގޮތަށް ޕޭވްމަންޓް ބަދަލުކޮށްފައި އޮއްވައެވެ. މިކަހަލަ ހައެއްކަ ކަންތައްތައް އަޅުގަނޑަށް އަޑުއިވި އަދި ފެނިފައި ވެއެވެ. މާލޭގެ ”ދިހަ ކުޅަނދު“ މަދު މީހުން އެކި ބާވަތުގެ ނާތަހުޒީބު ކަންތައްތައް ކުރީމާ، ރާއްޖެތެރޭގެ ”ފަސް ކުޅަނދު“ މަދު މީހުން އެކަން އެގޮތަށް ކުރާކަށް ނުޖެހެއެވެ. ނަމަވެސް . . . . . . އާދެ! އިހަކަށް ދުވަހަކު ކޮންމެވެސް ރަށެއްގައި އާރޓިފިޝަލް ބީޗެއް ހަދަން އުޅޭ ވާހަކަ ވެސް އަޑުއިވުނެވެ.
މި މަޒުމޫނުގައި މިދަންނަވާލަނީ ޖޮގިންގ ޓްރެކް އެއް ހަދާއިރު ވިސްނަންޖެހޭ ކަންތައްތަކާއި މާލޭގައި އެކަން ކުރަން ޖެހި ސަކަރާތުގެ ޢިބްރަތްތަކެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، ޖޮގިން ޓްރެކް ހެދުމަށް މާލޭގައި ކުރެވުނު ޚަރަދުގެ ބޮޑުބަޔަކީ އިސްރާފުވި ފައިސާއެވެ. ސަބަބުތައް އަޅުގަނޑު ދަންނަވާލިޔަ ދެއްވާށެވެ. ތާއީދު ކުރެއްވުމުގެ ކުރިން ނުވަތަ އިންކާރުކުރެއްވުމުގެ ކުރިން މި މަޒުމޫނު އެއްކޮށް ކިޔުއްވާށެވެ. ޕާރުސަލެއް ނުކަނޑާ އޭގައިވަނީ ކޮން ހަދިޔާއެއްކަން އެނގޭނީ ކިހިނަކުން ތޯއެވެ؟ މި މަޒުމޫނު އަމާޒުކުރެވިފައިވަނީ ބިނާވެށި ފަރުމާކުރުމާ ބެހޭ ޢިލްމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކާއި ރާއްޖެތެރޭގެ ކައުންސިލް ތަކުގެ މެންބަރުންނާއި އާރބަން ޕްލޭނިންގެ ދަރިވަރުންނަށެވެ. މާލޭގެ ދުވާ ޓްރެކް ހެދިގޮތް ބޭނުންކޮށްގެން އަޅުގަނޑު ހުށަހަޅާނީ، ތިޔަ ބޭފުޅުންނަށް ބޭނުންތެރި މަޢުލޫމާތު ތަކެކެވެ.
ޖޮގިން ޓްރެކް ހަދާގޮތް
ހުކުރު ދުވަހެއްގެ ފިނި ފަތިހެއްގައި، ވައި ޖައްސާލަން ވެގެން ހުޅަނގު ފަރާތު އަތިރިމައްޗަށް ނުކުތް އިރު، އަޅުގަނޑުގެ ސަމާލުކަން ގޮސް ހުއްޓުނީ ރަސްފަންނުގެ މަގަތު ފަރާތުގެ ގައުތައް ނަގާފައިވާ ތަަނަށެވެ. އޭރު، ޖޮގިން ޓްރެކެއް ހަދާ ވާހަކައެއްގެ އަޑު ވަނީ އިވިފައެވެ. އެންމެ ފުރަތަމަ އަޅައިގަތީ އެ ތަން ހަދާ ތަނެވެ. ތިރީގައިވާ ކުރެހުމުގައި އެވަނީ އެކަން ކުރަން ރާވާފައިވާ ގޮތެވެ.
އެންމެ ފުރަތަމަ ޕޭވްމަންޓް އާ ދޭތެރޭ އެއްޗެއް ދަންނަވާލިޔަ ދެއްވާށެވެ. ޕޭވްމަންޓް ގެ މައިގަނޑު ބޭނުމަކީ މަގުމަތީގައި ހިނގާމީހުންނަށް ރައްކާތެރި ހިނގާނެ ޖާގައެއް ހަމަޖެއްސުމެވެ. މިބޭނުން މާލޭގެ ޕޭވްމަންޓުތަކުން ޙާޞިލްވާ މިންވަރު ވަޒަންކޮށްލަން އަޅުގަނޑު ދޫކޮށްލާނީ ތިޔަ ބޭފުޅުންނަށެވެ. މާލޭގެ މަގުތަކުގައި ކުރާ އެންމެ ނާތަހުޒީބު ކަންތައްތަކުގެ ތެރޭގައި، ޕޭވްމަންޓް އިން ގޮޅިއެއް ކަނޑާ ގަސް އިންދުން ހިމެނެއެވެ. މިގޮތަށް ކަނޑާފައި ހުރި ގިނަ ތަންތަނުގައި ގަހެއް ޖަހާފައެއް ވެސް ނުހުރެއެވެ. އެތަންތަންވެފައިވަނީ، ޕޭވްމަންޓްގައި ހިނގާ މީހުން ވެއްޓޭގޮތަށް ހުންނަ އަނދަވަޅުތަކަކަށެވެ. ޕޭވްމަންޓް އަށް ވުރެ، ބައެއް ފަހަރު އަށެއްކަ އިންޗި ފުންކޮށެވެ. ނަތީޖާއެއްގެ ގޮތުން ހިނގާފައިދާއިރު މިތަންތަނަށް ވެއްޓި ފުންނާބު އެނބުރި ފަޔަށް ތަދުވެ މިފަދަ ކަންތައްތައް ދިމާވެފައިވާ މީހުންނާ އަޅުގަނޑާ ބައްދަލުވެފައި ވެއެވެ. ތަހުޒީބު މުޖުތަމަޢުތަކުގައި، އެންމެ އިސްކަމެއް ދޭނީ ހިނގާމީހުންނަށާއި އެމީހުންގެ ރައްކާތެރިކަމަށެވެ. ތިންފޫޓު ކައިރީގައި ގޮނޑުދޮށްއޮއްވާ، ޕޭވްމަންޓު ދެބައިކުޅައެއްބަޔަށް ހަނިކޮށްގެން ހަދާފައިވާ ވަޅުތަކެއްގައި ޖަހާފައިވާ ރުއްތައް ޕޭވްމަންޓުން ނައްޓާ ގޮނޑުދޮށުގައި ޖެހިނަމަ، ހާދަ ރަނގަޅުވާނޭ އަޅުގަނޑު ހިތައް އެރިއެވެ. ވެލިގަނޑު ހިފެހެއްޓުމަށް ބާރަކަށް ވާނެއެވެ. އެހެންކަމެއް ނުވިއްޔާ، ޤުދުރަތީގޮތް ބޮޑުވެފައި ހިނގާމީހުން ވެއްޓޭނޭ އަނދަވަޅުތައް މަދުވާނެއެވެ.
އާދެ! ދެން އަޅުގަނޑުގެ ހިތަށް އެރީ މިއީ މާލޭގެ ހުޅަނގު ފަރާތެވެ. ރާއްޖޭގެ ރަށްތައް ހެދިފައިވާ ގޮތުން، ހުޅަނގު ފަރާތަކީ ތިރި ފަރާތެކެވެ. ބައެއް މޫސުމުގައި އުނދައަރާ ހިސާބެކެވެ. އެހެންކަމުން، އެއްވެސް ސަބަބަކާ ހުރެ ގޮނޑުދޮށުން އެއްގަމުގައިވާ މަގުގައި ފެން ހެދިއްޖެނަމަ، ދެންވާނީ ކިހިނެއް ހެއްޔެވެ؟ ފެންތައް ބިންމައްޗަށް ފާއްދަން މަތީގައި ދަގަނޑު ޖާލި ޖަހާފައިވާ ވަޅުތަކެއް ހުއްޓަސް މިވަޅުތަކަށް މިފަދަަ ހާލަތެއްގައި އެކުވާ ފެން ހިނދޭނެ ހެއްޔެވެ؟ މޫދު ވަރަށް ގާތުގައިވާއިރު، މޫދަށް އެ ފެންތައް ފޭބުމަށް ހުރަސް އަޅާ ތިން ހުރަހެއް ވެއެވެ. ޕޭވްމަންޓް އާއި ގޮނޑުދޮށާ ދެމެދުގައިވާ އެއް ފޫޓު ފުޅާ ފާރުބުރިއެކެވެ. ގޮނޑު ދޮށަށް ފެންފައިބައިގެންދާ ގޮތަކަށް މިފާރުބުރި ކަނޑާފައެއް ނުވަތަ އާނގަތަކެއް ހަދާފައެއް ނުވެއެވެ. ދެން ޕޭވްމަންޓާއި ދުވާ ޓްރެކެވެ. މިއީ ވެސް ފެން ފޭބުމަށް އޮތް ބޮޑު ހުރަހެކެވެ. ރަނގަޅު ގޮތަކަށް ވާނީ، އެއްވެސް ސަބަބަކާ ހުރެ، މަގުގައި ފެން ބޮޑުވެއްޖެނަމަ، މޫދަށް އެފެންތައް ދާނޭ ފުޅާ އާނގަ ތަކެއް ނުވަތަ ކެނޑުންތަކެއް ނުވަތަ އަޑި ތަންތަން މި ހުރަސްތަކުގައި ހުރުމެވެ. އާރކިޓެކްޗަރ ގައި ކެނޑުންތައް ލާފައި ހުންނަ ފާރަށް ކިޔަނީ ކްރެނެލޭޓަޑް ވޯލް (crenelated wall) އެެވެ. މިފަދަ ފާރެއްގެ ކުރެހުމެއް ތިރީގަައި އެވަނީއެވެ.
ފެންބޮޑު ވެއްޖެނަމަ، މިހާރު ހުރި ކާނުތަކަށް އޮތްބެއް ނޯންނާނެއެވެ. ޕޭވްމަންޓާއި މަގާ ދޭތެރެ ވަނީ އުސް ޓްރެކެކެވެ. ދިގު ފާރެއް ފަދަ ހުރަހެކެވެ. މޫދަށް ފެންތައް ފައިބައިގެން ދާނޭ ފަސޭހަ ގޮތެއް ނެތެވެ. މަގަށް އެކުވާ ފެން، ހިންދާވަޅުތަކަށް ދާގޮތަށް ހަމަޖައްސާފައިވަނީ ހަ އިންޗީގެ ހޮޅިތަކެއް، ޓްރެކްގެ ދަށުން، ފެން ހިންދާ ވަޅުގަނޑަށް ލައިގެންނެވެ. މި ހޮޅީގެ ދިގު ހުރަސްމިނުގައި ހައިންޗި ހުއްޓަސް، ފެންވަންނަން ހުރި ޖާގައިގައި ހޮޅީގެ ފަލަމިނުގެ ދެބައިކުޅަ އެއްބައި ވެސް ނުހުންނާނެއެވެ. އެއްޗެއް ދަތުރުކުރާ ހޮޅިއެއްގެ ޙަޤީޤީ ފަލަމިނަކީ އޭގެ އެންމެ ހިމަ ތަނުގެ ފަލަމިނެވެ. މީގެ އިތުރަށް މި ހޮޅިވާނީ ސާފުކޮށް ބެލެހެއްޓުމަށް ދަތި ހޮޅިއަކަށެވެ. އާދެ! ތަންތަން ފަރުމާކުރާއިރު، ވިސްނަންޖެހޭ އެންމެ މުހިއްމު އުޞޫލަކީ އެ އެއްޗެއް ފޭލިވުމުން ރައްކާތެރިކަން ލިބޭ ގޮތެވެ. އިނގިރޭސި ބަހުން މިހަމައަށް ކިޔަނީ ”ފެއިލް-ސޭފް އެންޖިނިއަރިންގ“ އެވެ. އަޅުގަނޑު މި މަޒުމޫނު ލިޔާހިތްވީ ޖޮގިން ޓްރެކް ހަދަމުންދާ ގޮތް ފެނިފައެވެ. އެހެންވީމާ އެކަމަށް ރުޖޫޢަ ވަމާތޯ އެވެ؟
ޖޮގިން ޓްރެކްގެ ފުޅާމިން
މާލޭގެ ހުޅަނގު ފަރާތުގައި ޖޮގިން ޓްރެކެއް ހެދުމަކީ ރަސްފަންނު ހަދާނިމުމަށްފަހު ކުރެވުނު ”އާފްޓަރތޯޓު“ އެއްކަން ޔަޤީންއެވެ. އާފްޓަރތޯޓަކީ ކުރަމުންދާ ކަމެއް ނިމުމަށް ފަހު، ފަހުން އަންނަ ޚިޔާލެކެވެ. ކޮންމެއަކަސް، އަޅުގަނޑަށް ފެނުނީ އަލަށް ހަދާފައިވާ މަގުގެ ޕޭވްމަންޓް އާއި ޖެހިގެން، މަގުގައި އަތުރާފައިވާ ގާތައް ނަގަމުން ދިޔަތަނެވެ. އަދި ޕޭވްމަންޓް އިން ދެ ފޫޓު ދޫކުރުމަށްފަހު، ކާރބްސްޓޯން އެއް ނުވަތަ ޕޭވްމަންޓް އަރިމަތީގައި ޖަހާ ގައު ޖަހާ، އަދި އެއާ ހަތަރު ފޫޓު ދުރުކޮށްފައި މަގާވި ފަރާތުގައި ކާބްސްޓޯން ޖަހަމުންދާތަނެވެ. މިތަން ފެނިފައި، ޕްލޭން ކުރުމުގައި ވަރަށް ބޮޑު ގޯހެއް އުޅޭކަމަށް އަޅުގަނޑަށް ވިސްނިއްޖެއެވެ.
އާދެ! ހަތަރު ފޫޓު ފުޅާމިނުގެ ޖޮގިންގ ޓްރެކެއް އެއްވެސް ބަޔަކު ހަދާނެ ބާވައެވެ؟ ޖޮގިން ޓްރެކަކީ އެއްވެސް އިރެއްގައި، މީހުން ފައްޗަކަށް ދުވާ ތަނެއް ނޫނެވެ. ޖޮގިން ޓްރެކްގައި މީހުން ދުވާނީ، އުޞޫލެއްގެ ގޮތުން ދެ މީހުން ބަރިއަކަށް ތިބެގެންނެވެ. މިގޮތަށް ދުވަން އެންމެ ކުޑަވެގެން ފުޅާމިނުގައި ފަސްފޫޓު ހުންނަން ޖެހޭނެއެވެ. އަނެއް މައްސަލައަކީ އެއްކޮޅަށް ބަޔަކު ދުވެފައި ދާއިރު، އަނެއް ކޮޅުން ދުވަމުން އަންނަ މީހުން މި މީހުން ފަހަނައަޅައި ދިއުމަށް ޖާގަ ބޭނުންވާނެއެވެ. އެހެންކަމުން، ހަތަރު ފޫޓު ފުޅާމިނުގައި މި ހަދަން އުޅޭ ޖޮގިން ޓްރެކަކީ، އަނެއްކާ މާލޭގެ މަގުތަކުގައި ހަދާފައި ހުންނަ ޕޭވްމަންޓް ފަދައިން، އޭގެ ޙަޤީޤީ ބޭނުމެއް ނުކުރެވޭ ތަނެއް ހެއްޔެވެ؟
ދެން އަޅުގަނޑު ގެޔަށް އައިސް ޖޮގިން ޓްރެކް އެއްގައި ހުންނަން ޖެހޭ ފުޅާމިން ވަރަށް ބޮޑަށް ބަލައިފީމެވެ. އަޅުގަނޑަށް އާކިޓެކްޗަރ އެނގޭ މިންވަރުން ޔަޤީންވާ ކަމަކީ، އައުޓްޑޯރ ނުވަތަ ހިޔާވައްސެއްގެ ބޭރުގައި ހިނގާބިނގާ ވާ ގޮތާއި، ހިޔާވައްސެއްގެ އެތެރޭގައި މީހުން ޙަރަކާތް ކުރާގޮތް ތަފާތުކަމެވެ. މިކަން ފާހަގަ ނުވާ ފަރުމާވެރިން ކަންކުރާގޮތުން ދިމާވާ މައްސަލަތައް ފޮތްފޮތުގައި ލިޔެފައި ހުރެއެވެ. މިގޮތުން އަޅުގަނޑު އެންމެ ހަނދާން ހުންނަ އެއްކަމަކީ ހަރުފަތްތަކުގެ ފުންމިނެވެ. އެތެރޭ ސިޑިތަކުގައި ހަރުފަތްތައް ބަހައްޓަން އެންމެ ރަނގަޅު ފުންމިނަކީ ގާތްގަޑަކަށް އެއް ފޫޓު ކަމުގައި ވިޔަސް، ބޭރުގައި ހަދާ ހަރުފަތްތައް މިއަށް ވުރެ ފުންވާން ޖެހެއެވެ. ބޯދާ ޒަމާނުގެ ރޫމީންގެ ޢިމާރާތްތަކުގައި، ބޭރުގައި ހުންނަ ހަރުފަތްތަކުގައި 16 އިންޗިއާއި 24 އިންޗީގެ ފުންމިިން ހުރެއެވެ.
ހަތަރުފޫޓަކީ، އިންޑޯ ނުވަތަ ހިޔާވައްސެއްގެ އެތެރޭގައި ދެކޮޅަށް މީހުން ހިނގާ ކޮރިޑޯއެއްގައި ހުންނަންޖެހޭ އެންމެ ކުޑަ ފުޅާމިނެވެ. އެއްކޮޅަށް ހިނގާ ކޮރިޑޯއެއްގައި މަދުވެގެން ތިންފޫޓު ހުންނަންޖެހޭނެއެވެ. ނަމަވެސް، ބޭރުގައި މީހުން ހިނގާބިނގާވަނީ މުޅިން އެހެން ގޮތަކަށެވެ. ބޭރުގައި ދުވަނީނަމަ، އަތްފައި ޙަރަކާތް ކުރާގޮތުން، މި މިމިންތަކެއް ބޭނުމެއް ނުކުރެވޭނެއެވެ. އޮލިޕިކް ސްޓޭޑިއަމްތަކުގައި ހުންނަ ރޭސް ޖަހާ ޓްރެކް، ގިނަ ބޭފުޅުންނަށް ފެނިވަޑައިގެންފައި ވާނެއެވެ. އެކަކު ދުވަން އޮންނަ ޓްރެކްގެ ފުޅާމިނުގައި ވެސް އެއް މީޓަރު ނުވަތަ 39 އިންޗި ހުރެއެވެ.
ޖޮގިން ޓްރެކްގައި ހުންނަން ޖެހޭ ފުޅާމިން، އާރބަން ޕްލޭނިންގ ގެ ލިޔުންތަކުން ބެލިއިރު ލިޔުންތަކުގައި ވަނީ ޖޮގިން ޓްރެކްގައި ހުންނަން ޖެހޭ އެންމެ ކުޑަ ފުޅާމިނަކީ ހަތެއް ބައި ފޫޓު ކަމެވެ. އާދެ! 90 އިންޗި ކަމެވެ. އަދި ފޮތްތަކުގައި، މީހުން ދުވާނީ ދެމީހުން ބަރިއަކަށް ގާތްގާތުގައި ކަމާއި އަނެއްކަޮޅުން އަންނަ މީހުން ހުރަސްކޮށް ދާން ޖާގަ އޮންނަން ޖެހޭނެ ކަން ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން، ޖޮގިން ޓްރެކަކީ ތިން ބަޔަކަށް ބަހާލެވިފައިވާ މަގެކެވެ. ދެބައި އެއްކޮޅަށް ދުވާ މީހުންނަށެވެ. އަނެއްބައި، އަނެއްކޮޅުން އަންނަ މީހުން ފަހަނައަޅައި ދިއުމަށެވެ. ތިރީގައި އެވަނީ ފުޅާ ޢިމާރާތެއްގެ އެތެރޭގައިވާ ޖޮގިން ޓްރެކެކެވެ. ޢިމާރާތެއްގެ އެތެރޭގައި، ޖާގަ ކިހާ މަދުވާނެ ހެއްޔެވެ؟ ނަމަވެސް މިތަނުގައި ވެސް، ޖޮގިން ޓްރެކް ގެފުޅާމިން ރަސްފަންނު ކައިރީގައިވާ ޖޮގިން ޓްރެކްގެ ފުޅާމިނަށް ވުރެ ފުޅަލެވެ.
ތިރީގައި އެވަނީ ކްރޫސް ބޯޓެއްގައިވާ (ފަސިންޖަރުން ދަތުރުކުރާ ބޮޑު އުޅަނދެއްގައިވާ) ޖޮގިންޓްރެކެކެވެ. ބޯޓެއްގައި ޖާގަ އެހާ ކުޑައިރުވެސް، ދުވަން ދޫކޮށްފައިވާ ޖާގައިގެ ފުޅާމިނަށް ވިސްނަވާށެވެ!
ތިރީގައި އެވަނީ ސިންގަޕޫރުގައިވާ ޖޮގިން ޓްރެކް އެކެވެ. މި ޖޮގިން ޓްރެކްގެ ފުޅާމިނުގައި، ބަރިއަކަށް ދުވަމުންދާ ދެމީހުންގެ ފުޅާމިނަށް ވިސްނާ ކިތައް ފޫޓު ހުންނާނެ ތޯއެވެ؟
.
ޖޮގިން ޓްްރެކް ގައި ކޮންކްރީޓް އެޅުން
ހަފުތާއެއްހާ ދުވަސްކޮށްފައި، ރަސްފަންނު ކާރިއަށް ދިޔައިރު، ދެން އަޅުގަނޑަށް ފާހަގަ ކުރެވުނީ، ޖޮގިން ޓްރެކްގައި ކޮންކްރީޓް އަޅަމުންދާ ތަނެވެ. ޖޮގިން ޓްރެކްގައި ކޮންކްރީޓް އަޅަނީ، 10 މިލިމީޓަރުގެ ދަގަނޑުން ކުދި ގޮޅިޖަހައެވެ. އަޅުގަނޑު މިންބެލިތަނުގައި ކޮންކްރީޓްގެ ބޯމިނުގައި ހަތް އިންޗި ހުއްޓެވެ. އަޅުގަނޑަށް ހީވަނީ، ފަރުމާކޮށްފައިވާނީ ހައިންޗި އަށް ކަމަށެވެ. މިތަން ފެނިފައި އަޅުގަނޑު އަނެއްކާ ހައިރާން ވެއްޖެއެވެ. އެއީ އެ ހަދާލެއް ވަރުގަދަ ކަމުންނެވެ.
ފަހެ، އާދައިގެ ކޮންކްރީޓްގައި ކޮންމެ އަކަމީޓަރެއްގެ ޖާގައިގައި 2,500,000 ކިލޯގްރާމްގެ ބަރު ހިފާނެއެވެ. މީހެއްގެ ބަރުދަނީ 75 ކިލޯ ކަމަށް ބަލައިފިނަމަ، އެ ޖޮގިންޓްރެކްގެ އަކަމީޓަރެއްގެ މައްޗަށް، މަތިމައްޗަށް 33،000 މީހުން އެރި ނަމަވެސް ހަލާކެއް ނުވާނެއެވެ. ދުވާއިރު، ފުޓްފޯލް ނުވަތަ، ފައި ޖެހޭލެއް ބާރުކަމަށް ބަލައި، އަދި ކޮންކްރީޓް ހެދުމުގައި ފެން ގިނަވެގެން ނުވަތަ އެހެން ވެސް ސަބަބަކާ ހުރެ، ކޮންކްރީޓްގެ ބާރު ޑަބަލް ދަށްވިކަމަށް ބެލިޔަސް، މިކޮންކްރީޓް ގަނޑު، ކަމަށް އެކަށީގެންވާ ވަރަށް ވުރެ މާބޮޑުތަން ބޮލެވެ. އިސްރާފު ބޮޑެވެ. މަތިންދާ ބޯޓު ބާއްވާ އޭޕްރަންގައި ވެސް ހުންނަނީ 5 އިންޗިއާއި 12 އިންޗީގެ ބޯމިނެވެ. މިއީ ޖޮގިން ޓްރެކެކެވެ. ޖެޓް މަތިންދާ ބޯޓު ދުއްވާ ޓްރެކެއް ނޫނެވެ. ޖެހިގެން ގާތުގައިވާ މަގަކީ، ހެވީ ވެހިކަލް ނުވަތަ ބަރު އުޅަނދު ދުއްވަން ހަދާފައިވާ ތަނެކެވެ. ނަމަވެސް، މިތަނުގައިވެސް ވަނީ ބިންގަނޑުގެ މަތީގައި ހަތަރު އިންޗީގެ ބޯ ގައު ފަތުރާފައެވެ.
ކޮންކްރީޓް އަޅާފައިވަނީ ދެފަރާތުގައި ކާރބް ސްޓޯން ނުވަތަ ޕޭވްމަންޓް ގެ އަރިމަތީގައި ޖަހާފައެވެ. މި ގައުތައް ބަހައްޓަނީ ބިންގަލެއްގެ މަތީގައެވެ.
ޓްރެކް ފުޅާކުރުމަށް އަލުން އަރިމަތީގައުތައް ދުރަށް ޖެއްސުން
ދެ ހަފުތާއެއް ހާ ދުވަސް ފަހުން ދިޔައިރު، ޓްރެކްގެ ކައިރިން މަގުގެ ގައުތައް ނަގައިފިއެވެ. އަދި އަރިމަތީ ގައުތައް ދުރަށް ޖައްސަން ފަށައިފިއެވެ. ފަރުމާކުރި ފަރާތްތަކަށް ޓްރެކް ހަނިކަން ވިސްނުނީތާއެވެ؟ މިކަން ވިސްނުނު އިރު، ޓްރެކްގެ ބޮޑު ބައެއްގައި ކޮންކްރީޓް އަޅައި، އަރިމަތީގައުތަކާއި މަގުމަތީ ގައުތައް އަތުރާ ނިމިފައި ވެއެވެ.
އަޅުގަނޑު ހީކުރީ ޓްރެކް ފުޅާކުރާނީ ބައިނަލްއަޤްވާމީ އެންމަ ހަނިމިނަށް ކަމަށެވެ. ނަމަވެސް އެހެންނެއް ނޫނެވެ. ފުޅާ ކުރީ އެއް ފޫޓަށެވެ. އެހެންކަމުން ޓްރެކްގެ ފުޅާމިނަކަށް ދެން ވާނީ ފަސް ފޫޓުތާއެވެ. ފުޅާކޮށް ިވިސްނޭނީ ކަންކަމާ ދޭތެރޭ ދުރަށް ފިކުރުކުރާ މީހުންނަށެވެ. ކޮންމެއަކަސް، ނިމުނު އިރު ޓްރެކްގެ ފުޅާމިނަކީ ފަސް ފޫޓެވެ. ޖޮގިން ޓްރެކްއަކަށް އެކަށީގެން ނުވާ ހަނިމިނެކެވެ. މާލޭ މަގުތަކުގެ ޕޭވްމަންޓްތައް ފަދައިން، އެތަނުގެ ޙަޤީޤީ ބޭނުމެއް ނުކުރެވޭނޭ ތަނެކެވެ. ކަން މިހެން އޮތް އިރު، ޓްރެކް ފުޅާކުރާނޭ ޖާގަ އެބައޮތެވެ. އާދެ، ކުރިން ހަދާފައިވާ ޕޭވްމަންޓް އާއި ޓްރެކް އާ ދޭތެރޭ ވާ 18 އިންޗިއެވެ. ބައެއް ހިސާބުގައި މިޖާގައިގައި ދެ ފޫޓު ހުރެއެވެ. މިއީ މިހާރު އޮތްގޮތުން ގެއްލިފައިވާ ޖާގައެކެވެ. ސާފުކުރަން ދަތި، ކުނިފަދަތަކެތި އެއްވާނޭ ޖާގައެކެވެ.
ޚަރަދަށް ވިސްނަވާށެވެ. އެއްފަހަރު، ގައުތައް އަތުރާ ނިންމާފައިވާ ދިގު ތަނަކުން އަނެއްކާ ގައުތަކާއި އަރިމަތީގައު ނަގައި ދުރަށް ޖައްސާ، އެއް ފޫޓުގެ ފުޅާމިނަށް ކޮންކްރީޓް އަލުން އެޅީއެވެ. ދެން އަނެއްކާ އަރިމަތީ ކާރބްސްޓޯން ގައުތަކާއި މަގުގެ ގައުތައް އެތުރީއެވެ. ދުރަށް ވިސްނައިފިނަމަ، ކުރަން ނުޖެހޭ ބޮޑު ޚަރަދެއް ކުރެވުނީއެވެ.
ކޮންކްރީޓް ހޫނުވުމުން ދިގުވާނޭ ޖޮއިންޓް ނެތުން
ގިނަ ތަކެއްޗަކީ ހޫނުވުމުން ދިގުވާ ތަކެއްޗެވެ. ފިނިވުމުން ކުރުވާ ތަކެއްޗެވެ. ކޮންކްރީޓްވެސް ހޫނުވުމުން ދިގުވެއެވެ. އެހެންވެ، ކޮންކްރީޓުން ހަދާ ތަންތަން ހުންނަނީ މި ދިގުވެ ކުރުވުމަށް ޖާގަލާފައެވެ. އެހެން ނަހަދައިފިނަމަ، ކޮންކްރީޓުން ބައެއް ފަޅައިގެން ދިޔުމާއި ރެނދުއަޅާ ހަލާކުވުން ވަރަށް ގާތެވެ. ޢިމާރާތެއްނަމަ، ދިގުވެކުރުވާނޭ ގުޅުން ނުވަތަ ޖޮއިންޓް ލަނީ ކޮންމެ 45 މީޓަރަކުންނެވެ. ނުވަތަ ޕްލޭން އަށް ކުއްލި ކައްޗެއް އަންނަ ތަންތަނުގައެވެ. މިސާލެއްގެ ގޮތުން (L) އެލް އަކުރެއްގެ ސިފަޔަށް ޢިމާރާތެއް ކުރަންޏާ އެ އެލް އަކުރުގެ ދެފައި ޢިމާރާތް ކުރަންޖެހޭނީ ގުޅުމެއް ނެތިއެވެ. ނޫންނަމަ، ކޮންކްރީޓް ކުރުވެ ދިގުވުމުން އަރާ ބާރުން ނުވަތަ ސްޓްރެސް އިން ދެ ކަފިގުޅޭތަނުގައި ރެނދުއަޅައި މުށިޖަހާފައި ހުރިނަމަ، އެ ތަކެތި ދޫވެ މިފަދަ ކަންތައްތައް ވާނެއެވެ. 45 މީޓަރަކީ އިންޑިޔާގެ ގަވާއިދުގައި ބުނާ މިންވަރެވެ. ބައެއް ޤައުމުތަކުގައި ޖޮއިންޓް ނުލާ 60 މީޓަރު ދިގުކޮށް ޢިމާރާތް ކުރަން ހުއްދަ ކުރެއެވެ. ކޮންކްރީޓް ފާރެއް ނަމަ، ކޮންމެ 8 މީޓަރަކުން ޖޮއިންޓް ލާންޖެހެއެވެ. އަޅުގަނޑު ހައިރާންވީ ކަމަކީ 500 ފޫޓުހާ ދިގުކޮށް ޓްރްކްގައި ކޮންކްރީޓް އެޅިއިރުވެސް، ކޮންކްރީޓްގައި ޖޮއިންޓެއް ނެތް ކަމެވެ. ޕޭވްމަންޓް ފަދަ ތަންތަނުގައި ޖޮއިންޓް ލާން އޮންނަ މިނަކީ މަދުގެވެން ބޯމިނުގެ 24 ގުނައިންނެވެ. އާދެ! ހައިންޗި ބޯކޮށް ކޮންކްރީޓް އަޅާނަމަ، ކޮންމެ 12 ފޫޓަކުން ޖޮއިންޓެއް ލާންޖެހޭނެއެވެ. މިކަން ޢާއްމުކޮށް ކުރާ ގޮތަކީ ހަތަރުބައިކުޅަ ތިންބައި އިންޗި ހުންނަ ވަރުގެ ފުޅިމަދުފިލާ ކޮޅެއް މުޅި ފުޅާމިނަށް ދަށުން މައްޗަށް ލުމެވެ. ދެން ކޮންކްރީޓް އަޅާނިމުމުން ޖޮއިންޓް މައްޗަށް ތުނިކޮށް ސިމެންތި ނުވަތަ އެހެން ވެސް އެއްޗެއް އެޅުމެވެ. މިގޮތަށް ކަންތައް ކުރުމުން، ކޮންކްރީޓްގައި ރެނދުލާނީ މިތަނުންނެވެ. ޖޮއިންޓުލުމުގެ މުހިއްމުކަމާއި ލާނެގޮތް މި ރިޕޯޓްގައި ވެއެވެ.
ޖޮގިން ޓްރެކްގެ އުމުރު ހުސްވުމާއި ނެގުން
ކޮންމެ އެއްޗަކީ ވެސް އެއަށް ޢުމުރެއްވާ އެއްޗެކެވެ. ކޮންކްރީޓުން ހަދާ އެންމެ ޢުމުރު ދިގު އެއްޗަކީ ބްރިޖެވެ. ނަމަވެސް ބްރިޖްތައް ވެސް 100 އަހަރު ނުވަނީސް ހަލާކުވަނީ މަދެއްކޮށް ނޫނެވެ. ކޮންކްރީޓް ޢިމާރާތެއްގެ ޢުމުރެއްކަމަށް ބަލަނީ 50 އަހަރެވެ. ޖޮގިން ޓްރެކެއްގެ ޢުުމުރު މިއަށް ވުރެ ވެސް ކުޑަވާނެއެވެ. ކޮންކްރީޓުން ތަކެތި ފަރުމާކުރާއިރު ވިސްނާކަމަކީ، އޭގެ ޢުމުރު ހަމަވެ ނުވަތަ ބޭނުމެއް ނެތުމުން، ހަލާކުކޮށްލަން ނުވަތަ ޕޭވްމަންޓް ފަދަ ތަނެއްނަމަ ނަގަށް ފަސޭހަވާނޭ ގޮތެވެ. މިގޮތުން ބަލާއިރު، މަދުވެގެން 6 އިންޗި ބޯ، ދަގަނޑުލައިގެން ހަދާފައިވާ ޖޮގިންގ ޓްރެކް ހަލާކުކޮށް ނަގަން ހާދަ އުނދަގޫވާނެއެވެ. ހަލާކުކޮށްލަން ޖެހޭނީ ޖެކް ހެމަރ އަކުން ތަޅައި ކުޑިކުރާށެވެ. ކޮންކްރީޓް ކޮންމެހެން އަޅަން ބޭނުންނަމަ، ރަނގަޅު ގޮތަކަށް ވީހީ، ދިހަވަރަކަށް ފޫޓުން ޖޮއިންޓް ލާފައި، ސޭލައަކުން ހިފޭފަދަ ހަތަރުވަރަކަށް ބުޅި އަޅުވާނޭ ޖާގަ ލާފައި ހެދުމެވެ. މި ބުޅިތައް ހިފާނެ ތަންތަން ބޭނުންކުރަމުން ދާއިރު ސިމެންތި އަޅާ އޮމާންކޮށްފައި ބެހެއްޓި ދާނެއެވެ. އޭރުން އެ ސްލެބްތަކުގެ އެހެން ބޭނުމެއް ވެސް ކުރެވިދާނެއެވެ. މިހާރު މި ހެދިގޮތުން، މި ބޯ ދިގުއެއް ސްލެބް ގެ އެހެން ބޭނުމެއް ވެސް ނުކުރެވޭނެއެވެ. ފަހެ، އެއްޗެއް ނުވަތަ ތަނެއް ފަރުމާކުރާއިރު، އޭގެ ބޭނުން ނެތުމުން ނަގާނެ ނުވަތަ ރޫޅާލާނެ ގޮތާއި، އެ ނަގާ ތަކެތީން ކުރެވޭނޭ ބޭނުމާ ދޭތެރޭ، ފަރުމާކުރާއިރު ވިސްނުމަކީ މުހިއްމު ކަމެކެވެ. ހަކަތަ ބޭނުން ކުރުން މަދުވާގޮތާއި، ޢިމާރާތް ކުރަން ބޭނުންކުރާ ތަކެތީން ތިމާވެއްޓަށް ކުރާނެ އަސަރާ ދޭތެރޭ ވިސްނާ ބިނާ ކުރާ ޢިމާރާތްތަކަށް ފެހި ޢިމާރާތްތަކޭ ކިޔައެވެ. މިކަން ދުނިޔޭގައި މިހާރު ކުރަމުން އަންނަތާ ތިރީހަކަށް އަހަރު ވެދާނެއެވެ.
ޓްރެކް އަޅަން އެންމެ ރަނގަޅުގޮތަކީ ކޮބައި؟
ކޮންމެ މީހަކަށް، ކޮންމެ ކަމަކާ ދޭތެރޭ ވެސް ފާޑު ކިއިދާނެއެވެ. ނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި، ބިނާކުރުވަނިވި ފާޑުކިޔުމަކަށްވާނީ، އެއްޗަކަށް ނުވަތަ ކަމަކަށް ކުރިއަށް ވުރެ އިފެކްޓިވް ނުވަތަ އަގުހެޔޮ، ބޭނުން ބޮޑަށް ފުދޭ ރަނގަޅު ގޮތެއް ހުށައެޅޭނަމައެވެ. ދެން ބަޔާން ކުރާނީ މިހާރު އޮތް ގޮތް އިސްލާޙު ކުރަން ދެން ހެދޭނެ ގޮތާއި ޓްރެކް އެންމެ ފުރަތަމަ އަޅަންވީގޮތެވެ.
އަޅުގަނޑަށް ހީވާގޮތުގައި ޓްރެކް ރަނގަޅަށް ބޭނުން ކުރެވޭނެގޮތް ހެދުމަށްޓަކައި، އެންމެ މުހިއްމީ އޭގެ ފުޅާމިން ބޮޑުކުރުމެވެ. މިއާއެކު މިހާރު ދެމެދުގައިވާ އަޑިތަން ނައްތާލުމެވެ. މިތަނަކީ ކުނި އެއްވާ، އެތަނުގެ އެދެވޭ ބޭނުމެއް ނެތް ތަނެކެވެ.
މި ދެކަން އެއްފަހަރާ ޙާޞިލުކުރެވޭނެ ގޮތަކީ، ޓްރެކްގެ ބައެއްގެ ގޮތުގައި މި އަޑިތަން ނުވަތަ ކަންޒު ހަމަޖެއްސުމެވެ. އެއް ކަންވާރުގައި ދެބުޅިޖެހުނީއެވެ. މިކަން ކުރުމަށްޓަކައި، ދެމެދަށް ވެލި އަޅައި، މަތީގައި ދެތިން އިންޗީގެ ތަޅުމެއް އަޅަނިކޮށް ރަނގަޅުވާނެއެވެ. ފެންހިއްދާވަޅުގަނޑުމަތީގައި ޖަހާފައިވާ ދާގަނޑު، ޓްރެކްއާ އެއްހަމައަށް އުފުއްލާނީއެވެ. މިއީ ހެދިފައިވާ ގޯސް ރަނގަޅުކުރުމަށް ކުރެވޭނެ އެންމެ ޚަރަދު ކުޑަ ގޮތެވެ.
ޖޮގިން ޓްރެކްްއެއް، ރާއްޖޭގެ އެއްވެސް ރަށެއްގައި ހަދާނަމަ، އެކަން ކުރަން އަޅުގަނޑަށް ފެންނަ ގޮތް ދަންނަވާލިޔަ ދެއްވާށެވެ. އެންމެ ފުރަތަމަ ކަމަކީ، ޕޭވްމަންޓް މަތީގައި ހިނގާ މީހުންނަށް ދަތިވާގޮތަށް ޖަހާފައިވާ ރުއްތައް، ގޮޑުދޮށާއި މަގު ވަކިކުރާ ފާރުން ބޭރުގައި، ގޮނޑުދޮށް ފަރާތުގައި ޖެހުމެވެ. މިކަމުގެ ސަބަބުން، ކުރިން ދެންނެވިހެން، ޤުދުރަތީގޮތް ބޮޑުވުމާއި، ޕޭވްމަންޓްގައި މީހުން ވެއްޓޭނޭ އަނދަވަޅުގަނޑު ނެތުމާއި، ވެލިގަނޑު ހިފެހެއްޓުން ހިމެނެއެވެ. ދެވަނައަށް މަގުމައްޗަށް އެޅޭ ފެން، ގޮނޑުދޮށަށް ފައިބައިގެން ދާގޮތަށް، ފާރުގައި އާނގަތަކެއް ނުވަތަ ކެނޑުންތަކެއް ހުންނަންވީއެވެ. މިއީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ނުވަތަ އުދަ އެރުމުގެ ސަބަބުން، މަގުގައި އެއްވެސް ގޮތަކަށް ފެން ނެހެދޭނޭ ގޮތެކެވެ. އަދި، ކާނުގެ މަތީގައި ގްރިލް(ދައު) ޖެހުމާއި ހޮޅިތަކެއްލުމާއި ފެންހިންދާނޭ ވަޅުތަކެއް ހެދުމުގެ ޚަރަދު ނެތިދާނޭ ކަމެކެވެ. މިހާރު ހަދާފައި ހުރިގޮތުން، ބައެއް ކަހަލަ ހާލަތްތަކުގައި މަގުގައި ފެންބޮޑުވާނެއެވެ. ތިންވަނައަށް ކުރަންވީ ކަމަކީ، މަގާއި ޖޮގިން ޓްރެކް ވަކިކުރުމަށް، ހަ އިންޗީގެ ފާރު ބުރިއެއް ރާނަންވީއެވެ. މިފާރުބުރި ހުންނަންވާނީ މަގުގައި ހެދޭފެން، ގޮނޑުދޮށަށް ފައިބައިގެން ދާނޭހެން ތިންފޫޓު ތިންފޫޓުން ހައެއްކަ އިންޗީގެ ފުޅާ ކެނޑުންތަކެއް ލާފައެވެ. ޖޮގިން ޓްރެކް އާއި ހިނގާ ޕޭވްމަންޓް ވަކިކުރާނީ މިބައިގެ ދަމާލާ ދަވާދު ރޮަނގަކުންނެވެ. މިއީ އެހެން ޤައުމުތަކުގައިވެސް މިކަން ކުރާ ގޮތެކެވެ. ތިރީގައި މިވަނީ މިގޮތުގެ ކުރެހުމެކެވެ.
ޖޮގިން ޓްރެކްގައި ކޮންމެހެން ކޮންކްރީޓް އަޅާނޭ ކަމެއް ނެތެވެ. އެންމެ ރަނގަޅުވާނީ ގަލުގެ ބާވަތުންނާއި ކުލައިން ތަފާތުކުރިއްޔާއެވެ. މަގުމަތީގައި ހުންނަ ގައު ކަމު ނުދަނީވިއްޔާ، ދެ ފޫޓު ދެފޫޓުގެ ގައު އަތުރާ، ދޮޅު އިންޗި ދެ ގައު ދޭތެރޭގައި ބަހައްޓަނިކޮށް، ދެމެދުގައި ވިނަފަޅައި، ލޮލަށް ހިތްފަސޭހަވެފައި ފެން ހަރުނުލާނެއެވެ. ތިރީގައިވާ ފަދަ ގޮތަކަށެވެ. ތަފާތަކީ ދެގައު ދެމެދުގައި ދޫކޮށްފައިވާ ޖާގަ، ފޮޓޯގައި ބޮޑު ކަމެވެ.
ކޮންކްރީޓް ނަމަ، ޓްރެކްގެ ބޭނުމެއް ނެތިގެން ނަގާއިރު، ހުންނަ ހިލަކުނޑިން ކުރާނޭ ބޭނުމެއް ނޯންނާނެއެވެ. މާލޭގެ ޖޮގިން ޓްރެކްގައި ހުންނަނީ، ސްޓޭޑިއަމް ޓްރެކްތަކުގައި ހުންނަ ފަދަ، ދެތިން ސޫތު ބޯމިން ހުންނަ ޕްލާސްޓިކް ކުނަލެއް ތެރަސްލާ ތަތްކޮށްފައެވެ. މިއީވެސް ބޭނުން ކަމެއް ނޫނެވެ. މިފަދަ އެއްޗެއް ޖެހުމުގެ މައިގަނޑު ބޭނުމަކަށްވާނީ، ދުވާއިރު ފައި ބިމުގައި ޖެހޭ ޖެހުމުން ލިބޭ ޝޮކް ކުޑަކުރުމެވެ. ނަމަވެސް، ހަމަ މިކަން، ދުވަން އަރާ ބޫޓުން ވެސް ވާނެއެވެ. މިޒަމާނުގައި ހުސްފައިގައި ދުވަނީ ކޮންބައެއްތޯއެވެ؟ މި ޕްލާސްޓިކް ނަގަން ޖެހޭ ދުވަހު އުފެދޭނޭ ކުންޏާއި، ލާންޖެހުނު ތެރަހާއި ކުލައާއި ޚަރަދާއި މަސައްކަތުގެ އަގާއި މިކަންކަމަށާއި ތިމާވެއްޓަށް ލިބޭނޭ ގެއްލުމާ މެދު ވިސްނަމާތޯއެވެ؟ އަދި ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ވެލިއެޅި ތަތްވެ ހަރުވުމުން، ދެން ޝޮކް މަތަކުރެވޭނޭ މިންވަރާ ދޭތެރޭ ވިސްނަމާތޯއެވެ؟ އަދި، ވާރޭ ވެހި ކުނަލުގައި ފެން ހަރުލުމުން، ދުވާއިރު ފިޔަވަޅުޖެހުނީމާ ވާނެގޮތާ ދޭތެރޭ ވިސްނަމާތޯއެވެ؟
ތިރީގައި އެވަނީ ބައެއް ޖޮގިން ޓްރެކްގެ ފޮޓޯއެވެ. އެއްވެސް އައުޓްޑޯރ ޓްރެކެއްގައި މިފަދަ އެއްޗެއް ޖަހާފައި ހުއްޓަތީ ފެނިވަޑައިގަންނަވާތޯއެވެ؟
އަޅުގަނޑު ހިތުން މިދަންނަވާލެވުނީ، މާލޭގައި ޖޮގިން ޓްރެކެއް އެޅިއިރު ކަންތައްތައް ކުރި އުނިގޮތްތަކަށް އިޝާރާތްކޮށް، ބިނާވެށި ފަރުމާކުރުމުގެ މުހިއްމު މަޢުލޫމާތު ތަކެކެވެ. ތަނެއް ފަރުމާކުރާއިރު، އަގުހެޔޮކުރުމާއި ބޭނުން ފުދޭ ގޮތަށް އެކަން ކުރުމާއި ބޭނުންވާ ވަރަށް ވުރެ ވަރުގަދަކޮށް ނުވަތަ ބަލިކޮށް ތަން ނުހެދުމުގެ މުހިއްމު ކަމެވެ. ބޭނުން ކުރާތަކެއްޗާއި މިންވަރާއި ތަނުގެ ޢުމުރު ހަމަވުމުން، ހަލާކުކޮށްލަންށާއި އުފެދޭ ކުންޏާ ދޭތެރޭ ވިސްނުން ބެހެއްޓުމުގެ ބޭނުން ތެރިކަމެވެ. އަދި މިއާއެކު، ކުރިމަތި ވެދާނެ ނާދިރު ޙާލަތްތަކަށް ވިސްނާ ކަންކުރުމުގެ މުހިއްމު ކަމެވެ.
ކިތަންމެ ނޭދެވޭ ގޮތަކަށް ކަން ކޮށްފައިވިޔަސް، ޖޮގިން ޓްރެކެއް އޮތުމަކީ ކުރިއެރުމެކެވެ. ތަރައްޤީއެވެ. އަޅުގަނޑު ދެކޭ ހިތްވާ ގޮތަކީ މާލެވަށައިގެން ޖޮގިން ޓްރެކެއް އޮންނާނޭ ދުވަހެވެ. މާލޭގައި ޖޮގިން ޓްރެކެއް އަޅާނަމަ، އެކަމަށް އެންމެ އެކަށީގެންވީހީ މާލޭގެ ދެކުނުފަރާތު ތޮށީ ކައިރިއެވެ. އެތޮށިލާ ނިމުމުން، އެތަނުގައި ދުވާނޭ ޓްރެކެއް އަޅާނޭ ކަމަށް އަޅުގަނޑު ހީކުރީމެވެ. އެއީ މަގުގެ ދިގުމިނާއި މަގުގެ ފުޅާކަމާއި އެއްފަރާތްކަމުންނެވެ. އެ ފުޅާމަގުގެ ޖާގަތައް ވަނީ ހުތުރު ގޮތަކަށް އިސްރާފުކޮށްފައެވެ. ނަމަވެސް، އެއީ އެހެން ވާހަކައެކެވެ.
އިންސާނާ ހެލިފެލިވެ އުޅުމަކީ ޞިއްްޙަތު ސަލާމަތުން ބެހެއްޓުމަށް މުހިއްމު ކަމެކެވެ. ޚާއްޞަކޮށް ޢުމުރުން ދުވަސްވަމުންދާއިރު އެވެ. އެހެންނޫނީ، ތަފާތުބަލިތައް ޖެހުމާއި ފަލަވުމާއި ހަކުރުބަލިން ނުވަތަ ލޭމައްޗަށް ގޮސްގެން މަރުވުން ވަނީވަރަށް ގާތުގައެވެ. މިސަބަބަށްޓަކައި، ކޮންމެ ރަށެއްގައި ވެސް، މީހުން ދުވާނޭ ބިންގަނޑު ހަރު ވެލި ޓްރެކެއް ނަމަވެސް އޮތުމަކީ ބޭނުންތެރި ކަމެކެވެ. ޖޮގިން ޓްރެކެއްގައި މަދުވެގެން އެއް ކިލޯމީޓަރު ހުރުމާއި ދޭތެރެ ދޭތެރެއިން ދުރުމިން ޓްރެކްގައި ދަވާދުން ލިޔެފައި ހުރުމަކީ ވެސް ބޭނުން ތެރިކަމެކެވެ. އެހެންކަމުން، މާލޭގައި މިފަދަ ތަނެއް އެޅުމަކީ މާލޭގެ ފްލެޓްތަކުގައި ބަންދުވެ، ހަރަކާތްތެރިކަން ނެތި އުޅޭ މީހުންނަށް ލިބުނު ފަސޭހައެކެވެ. މިހާރު އޮތް ޓްރެކް ފެނިފައި ދުވަން ނުވަތަ ހިނގަންދާހިތްވެދާނެ ބަޔަކުވެސް އުޅެދާނެއެވެ. ނަމަވެސް އަޅުގަނޑަށް ފާހަގަ ކުރެވެނީ މާލޭގެ އާބާދީގެ ނިސްބަތުން ވަރަށް މަދު ބަޔަކު ނޫނީ އެތަން ބޭނުން ނުކުރާކަމެވެ. ރަށްރަށުގައި ޓްރެކް އަޅާނަމަ، ތަފާތު އިޖްތިމާޢީ ޙަރަކާތްތަކާއި މުބާރާތްތައް ރާވައިގެން ޢުމުރުން ދުވަސްވީ މީހުން، ޚާއްޞަކޮށް 50 ވަރަކަށް އަހަރަށް ވުރެ ދޮށީ މީހުން ލައްވާ، ކަސްރަތަކަށްވާފަދަ ކަންކަން ކުރުވުމަކީ ރަށްފުށް ތަރައްޤީވާނެ ކަމެކެވެ. ބޭސްފަރުވާ އަށް ކުރަންޖެހޭ ޚަރަދު ކުޑަވެ، އާސަންދައިގެ ބަޖެޓް ކުޑަވެ، އާމްދަނީއާއި ރައްޔިތުންގެ އުފެއްދުންތެރިކަން އިތުރުވެ އުފާވެރިކަން ފަހިވާނޭ ކަމެކެވެ. މިއީ ކޮންމެ ރަށެއްގެ ޕަބްލިކް ހެލްތު ނުވަތަ ޢާއްމު ޞިއްޙަތާ ބެހޭ އިދާރާގެ ޒިންމާއެކެވެ. ނަމަވެސް، މިކަމާ އެއްވެސް ބަޔަކު ކަންބޮޑުވެގެން އުޅޭތީކީ ނުފެނެއެވެ. ހީވަނީ މިކަމާ މެދު ހޭލުންތެރިކަން އުފައްދަން ތިބި ފިރިހެނުން ވެސް މާ ފަލަވެ، ޙަރަކާތްތެރިކަން ކުޑަވެ، ކަމެއް ކުރަން ލަދުގަންނަނީ ހެންނެވެ. ދަރު އުނދުނު ދުމުން ކަޅުވެފައިވާ ތެއްޔެއް، ސައިކުރާއާ ދިމާއަށް ”ހާދަ ކަޅޭ“ ގޮވަން އުނދަގޫވާނެ ތާއެވެ. އެވާނީ ގުދޯގުދޯ ގޮވުން ކަހަލަ ކަމަކަށެވެ.
މިހާރުވެސް، ދެކުނު އޭޝިޔާގައި، ނިސްބަތުން ފަލަ މީހުން އެންމެ ގިނައިން އުޅެނީ ދިވެހިރާއްޖޭގައި ކަމަށް ދިރާސާތަކުން ދައްކައެވެ. ޚާއްޞަކޮށް މާލޭގެ މަގުމަތިން ފެންނަ ގިނަ އަންހެނުންނަކީ، ފަލަ މީހުންނެވެ. މުޅި ރާއްޖެއަށް ބަލާއިރު، ޢުމުރުން 35 އަހަރަށް ވުރެ ދޮށީ އަންހެނުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އަންހެނުން ފަލަކަމަށް މި ދިރާސާގައި ބުނެއެވެ. އިސްކޮޅުގެ ދެބައިކުޅަ އެއްބަޔަށް ވުރެ އުނަގަނޑުގެ ވަށަމިން ބޮޑު ނަމަ، މީހާއަކީ ފަލަ މީހެކެވެ.
”މާލޭގެ ”ދިހަ ކުޅަނދު“ މަދު މީހުން އެކި ބާވަތުގެ ނާތަހުޒީބު ކަންތައްތައް ކުރީމާ، ރާއްޖެތެރޭގެ
”ފަސް ކުޅަނދު“ މަދު މީހުން އެކަން އެގޮތަށް ކުރާކަށް ނުޖެހެއެވެ.“
ދިހަކުޅަނދު މަދުވުމާއި ފަސްކުޅަނދު މަދުވުމަކީ ކޮބައިބާ؟
ހަމަވާންޖެހެނީ ކިތައް ކުޅަނދުބާ؟
ކުޅަނދުމަދުވުމާއި އިތުރުވުމަކީ ކިހިނެއް ހިންގާކަމެއްބާ؟
ޖަވާބެއް އިނގޭ އެއްވެސް ބޭފުޅަކު އެބަހުރިތޯ؟
Very informative article. I have tried walking on this track a few times. It’s quite difficult if two people try to walk / jog together at the same speed. Specially if someone is jogging / walking in the opposite direction. And jay walkers who actually are not exercising is quite a disturbance. You sometimes have to step out on to the road to let the others pass by. As you mentioned the rubber material is getting filled with sand and in no time I guess it will not serve its purpose. I wish they would have a jogging track right round Male’or at least the southern side where the road is quite wide and has enough space. It’s so disappointing to see so much money wasted when a better track could have been built for the same amount of money.
Miliyun kiyaalumun varah gina ehchehi olhun filaifi, hithah aranee ebunaa environmental easement nahadhaabaaey mifadha than than hadhanee
Bravo.
A Normal human will say “wow what a beautiful picture”. But the genius will say “the camera and the resoluted output is excellent”. Anyone can write but few will do analysis and write the differences. Thus it gets more journal like. Personally to say, it shows the level of thinking and the hard work of letting others to think. I felt the difference.
Thank you sir
This is indeed an article with knowledge based criticism & counter argument should come with the same way & its unprofessional from Housing Minister to give a political reply instead of proper retrospect.
Thank you Dr.Hassan hope to see such enlightening writings in future too..
Salaam Alaikum.
I have been jogging around Male’ for the past 40+ years. The need for a jogging track arises only due to heavy traffic flow around Male. Dr. Muizz’s jogging track is a waste of money. I tried it once but didn’t like it. My jogging shoes are for Male’ roads plus it’s too narrow and filled with jay walkers and smokers.
On the technical side, it will crack up soon. One reason why Muizz put the top “jogging carpet”. We saw how Umar Zahir’s concrete roads got cracked up.
A very constructive article. Yet this group of monkeys will never head any advice from anyone.
Excellent article. You are absolutely right, obesity diabetes and heart disease are rampant in this country. We need “moving”. Thanks
އައްސަލާމު ޢަލައިކުމް ޑޮޮކްޓަރް ޙަސަން.
ކޮމެންޓެއް ކަމުގައި ނުބައްލަވާ ޚިޔާލެއް ކަމުގައި ބެއްލެވުން އެދެން.
މިނިސްޓަރް ޑރ. މުޢިއްޒު މި އާރޓިކަލް އާއި މެދު ވަރަށް ހިއްޕުޅާ ހަމަޖެހިވަޑައިގެން ނުގެން އުޅުއްވާކަން އެބޭފުޅާގެ ޓުވީޓުން އެނގުނު, އެކަމަކު މިއަދު މިވަގުތު ދައުލަތު ގެ ޓީވީ މެދުވެރިކޮށް ނޫސްވެރިކަމުގެ ވަޒީފާ ގައި އުޅޭ ޒުވާން ބަގަ އެއް ގޮވައިގެން އިންނަވާ ‘ވާހަކަދައްކަވަމުން އެބަގެންދަވާ(ދޭ.
ތިބޭފުޅާގެ މަޒްމޫނަށާއި މިހާރު ނޫހުގައި ޖަހާފައި ވާ ޚަބަރާއި ވިދިގެން ކޮށްފައިވާ ކޮމެންޓު ތަކަށް ވެސް ޖަވާބު އެބަ ދޭ.
އަޅުގަނޑަށް ޓީވީ އެމް ހުޅުވުނީ 15:12ކަން ހާއިރު ގައި.
އަސުރު ބަންގި އަށް މެދު.ކަނޑާލާފައި 16:00 އަށް ވަންދެން ދެއްކި. އަދި ވެސް ފަހުން ނުދައްކާނެ ކަމެއް ނޭނގެ
އަޅުގަނޑު ގެ ނަޞީޙަތަކީ އިތުރު ބޭކާރު ބަހުސަކައް ނުދުޔުން. ޝުކުރިއްޔާ މިއީ ހަމަ އަމިއްލަ ޚިޔާލެއް އެނގޭތޯ…….ތަކީ
ވަރަށް ވެސް ފުރިހަމަ ލިޔުމެއް. މުއްޒުގެ ރުޅިވެރި ޓްވީޓާ ގުޅިގެން މީޑިޔާގައި މިލިޔުން މަޝްހޫރުވުމުގެ ސަބަބުން ކިޔާލާ ހިތްްވީ. އަހަރެންނަކީ ކުރިން މިހާ ދިގުކޮށް ލިޔެފައި ހުންނަ ލިޔުން ކިޔާމީހެއްނޫން. އެހެންނަމަވެސް މިލިޔުން ކިޔަމުންދިޔައިރު މައުލޫމާތު ފުރިހަމަކަމުގެ ސަބަބުން ކިޔާނިންމާލި އިރުވެސް ނޭނގުނު މިހާ ދިގު ލިޔުމެއް ކިޔުނުކަމެއް. ވަރަށް ފުރިހަމަ
ރާއްޖޭގެ އެއްވެސް ރަށެއްގައި ހަދާނަމަ، އެކަން ކުރަން އަޅުގަނޑަށް ފެންނަ ގޮތް ދަންނަވާލިޔަ ދެއްވާށެވެ. އެންމެ ފުރަތަމަ ކަމަކީ، ޕޭވްމަންޓް މަތީގައި ހިނގާ މީހުންނަށް ދަތިވާގޮތަށް ޖަހާފައިވާ ރުށްތައް، ގޮޑުދޮށާއި މަގު ވަކިކުރާ ފާރުން ބޭރުގައި، ގޮނޑުދޮށް ފަރާތުގައި ޖެހުމެވެ. މިކަމުގެ ސަބަބުން، ކުރިން ދެންނެވިހެން، ޤުދުރަތީގޮތް ބޮޑުވުމާއި، ޕޭވްމަންޓްގައި މީހުން ވެއްޓޭނޭ އަނދަވަޅުގަނޑު ނެތުމާއި، ވެލިގަނޑު ހިފެހެއްޓުން ހިމެނެއެވެ.
________________________
މަތީ ގައި ޑޮކްޓަރު ލިޔުއްވާފައި މިވާ ވާހަކަ ކޮޅު ތި ލިޔުއްވީ ރާއްޖެތެރޭގައި މިވާ ރަށް ރަށުގެ ގޮނޑުދޮށްތަކުގެ އަޞްލު ޙަޤީޤަތް އެނގިނުލައްވަާ ޙާލުގައި ކަމަށް އަޅުގަނޑު ޤަބޫލު ކުރިޔަ ދެއްވާށެވެ. ރަށްތަކުގެ ގޮނޑު ދަށްތައް ގިރަމުން މިދާ ބާރު މިނަށް ބަލާފައި ރުއް ތަކުން ބިންގަނޑު ހިފެހެއްޓޭނޭ ކަމަކަށް ނުފެނެއެވެ. އެއީ މިވަގުތު އަޅުގަނޑު މިހުރި ރާއްޖެތެރޭގެ އެންމެ ބޮޑު ފަސްގަނޑު ގެ ހޭޅި ފަށް ކަމުގައި މީގެ ކުރިން ބެލެވުނު ހިސާބާއި ރަށާއި މިހާރު 250 އެއްހާ ފޫޓު މި ވަނީ ދުރު ވެފައެވެ. އަދި މި ބުނި 250 އެއްހާ ފޫޓު ސަރަޙައްދު ގައި ހުރި ރުއްތަކަށް ރަށް ގިރުމުން ސަލާމަތް ކޮށްދެވޭވަރަށް ބިންގަޑު ވަރުގަދަ ކޮށްދެވިފައި ނުވާކަން ޑޮކްޓަރުގެ މަޢްލޫމާތައްޓަކައި ދަންނަވަމެވެ. (ދެވަނަ ކަމަކަށް ބުނެލަން ބޭނުންވަނީ މަޒްމޫނުގެ ޕްރޫފް ރީޑް ކުރުމުގެ ނަޒަރަކުން އަޅުގަނޑު ނުކިޔެއް ކަމަކު ލޮލުގައި އަޅަިއިގަތް ދެ ސުކުން ކުރުމެއްގރ ވާހަކަ ބުނެލަން ބޭނުން ވާ ވާހަކަ އެވެ. އެއީ ރުއް އަޅުގަނޑު ދެކެނީ އަލިފް ސުކުން ބޭނުން ކޮށްގެން ބޭނުން ކޮށްފައި ހުންނަ ތަނެވެ. ނަމަވެސް މަޒްމޫނުގައި 2 ތަނެއްގައި ރުއް ލިޔުމުގައި އަލިފް ސުކުނުގެ ބަދަލުގައި ލިޔެފައިވަނީ ށަވިޔަނި ސުކުން ބޭނުން ކޮށްގެނެވެ. އިތުރަށް މިކަންކަމަށް ސަމާލު ކަން ދީ ޕްރޫފް ރީޑް ކުރުމުގެ ނަޡަރަކުން ކިޔައިފި ނަމަ އިމްލާގެ ގޮތުން ކުށް ފެނުން އެކަށީގެން ވެއެވެ.) ޝުކުރިއްޔާ ކުރީ ދުވަހެއްގައި ވެސް ޑރ. މިދާކަށް ދުވަހު ފަތްތޫރަ އަށް ލިޔުއްވާ ހެއްދެވި އިރު އިމްލާގެ ކުށް ފާހަގަ ކުރެވުނު ވާހަކަ ޚިޔާލެއްގައި ލިޔެފައި ވާނެ ކަމުގައި ދަންނަވަން.
ހުރިހާ ބޭފުޅުންގެ ހުރިހާ ކޮމަންޓްއަކަށް ޝުކުރު ދަންނަވަމެވެ. ރުއް ލިޔުމުގައި ސުކުން ކުރުމުގައި ޖެހިފައިވާ ކުށް މިހާރުވާނީ ރަނގަޅު ކުރެވިފައެވެ. ކޮންމެ ލިޔުމެއް ވެސް ޝާއިޢުކުރަނީ ދެތިން ފަހަރު އެހެން ފަރާތަކުން ވެސް ބެލުމަށްފަހު އެވެ. ނަމަވެސް ބައެއް ބާވަތުގެ ކުށްތަކަށް ބައެއް ލޯތައް ތޫނު ނޫނީއެވެ.
ދުނިޔޭގެ ތާރީޚަށް ބަލާއިރު އެކި ޒަމާނުގައި ލޮނުގަނޑު މައްޗަށް އަރާ ލޮނުގަނޑު ތިރިއަށް ދެއެވެ. ނަމަވެސް، މިހާރަށް ވުރެ މާ ބޮޑުތަނެއް ދެން ލޮނުގަނޑެއް ނުހިއްލޭނެކަމަށް މާޒީގެ ތަޖުރިބާތަކުން ޤަބޫލު ކުރެވެއެވެ. ނަމަވެސް ސާޅީހަކަށް ފޫޓު އަޑިއަށް ލޮނުގަނޑު ފޭބުމަކީ ވެފައިވާ ކަމެއްކަމަށް ޑރ. މުޙައްމަދު ޢަލީ، ބ އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަޑު ގެ އަޑިތޮރުފައިގެން ނެގި ވެލި ރޭޑިއޯކާރބަން ޑޭޓިން ހެދުމުން އޮޅުންފިލިކަމަށް އޭނާގެ ތީސިސްގައި ލިޔެފައި ވެއެވެ.
Excellent article. Very informative . Thanks Dr Hameed
Gina PHD beufulhun rajje ah faidhaa huri dhiraasaa tha kurahvaa thaneh nufeneeve.fund nulibeny eh kameh nuvatha hoadhan noolheny eh kameh neyge eve. kameh dhimaa vaa irah Qudhrathee Ajaibekey bune ninmaala eve.kiyevi ehchehge beymeh neiythaa eve.mi ulhevenee 21 vana Qarunu kameh kankamuge sirru hoadhey science ge zamaan kameh nudhane hutteve.Gina Ilmy beyfulhun Hameed kahala beyfulhunnah vamaathoa eve.
A very good article. In my view, consideration should be given to the uses of the neighborhood when locating a jogging track. The largest Hospital in Maldives, a commercial harbour and a busy ferry terminal and filling stations located in the vicinity of this track. Consideration was not given to Ambulance movement and traffic flow when the area was redesigned.
This is an awesome article, hope things will be improved because of these kinds of information.
Dr. Hassan. Thank you for a very wonderful article of its indebth, application of technicality and safety consideration.
Would have included safety consideration of track users as the track height from ground is quite deadly those elderly age group.
Very constructive article. Specially about rubber mat.
This in-depth article gives readers a clear understanding of the issue without any prior knowledge of urban planning. well presented sir. great piece of academic work.
This is really an acedemic piece. Unfortunate that the concerned minister rejected this out right and blamed the one who did this great work. Thank you for your concern.
Really a diamong for anyone who wish to build places for public.thanks.
Wow. This is an impressive article that demonstrates that there are Maldivians capable of constructive criticism. Great!
Sir, it is one of the best pieces of academic writing one could find in our local language. I salute you for the indepth of your critical thinking and wise knowledge. Only a very narrow minded person would take it personal and feel insulted. Keep on enlightening us with more of your wise words.
ވަރަށް ފުރިހަމަ، އެހާމެ މަޢުލޫމާތު މުއްސަނދި ބޭނުންތެރި ލިޔުމެއް (.) ކޮންމެ ކަމެއް ކުރުމުގައިވެސް ފަށައިގަތުމުގެ ކުރިން ކަމުގެ އެންމެހައި ފަރާތްތަކަށް ވިސްނައި ބެލުމަށްފަހު މެނުވީ އެކަމެއް ކުރަން ފަށައިގެންފިނަމަ، އެ ކަމެއްގައި ނުހުރެ ނުދާނެ އުނިކަންތައްތައް ވަރަށް ފަސޭހައިން ދެނެގަނެވޭނެ ގޮތަށް ބަޔާންވެފައިވާ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ (.) މިފަދަ ބޭނުންތެރި ލިޔުއްވުންތައް ފެންނަމުން ދާނެކަމަށް އުއްމީދުކުރަން (.) މާތް ﷲ ލިޔުންތެރިޔާއަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަން މިންވަރު ކުރައްވާށި (.) جَزَاكَ اللهُ خَيرا
Excellent Dr Hassan. varah furihma mauloomaathu thake.
varah furihama ehame binaakurenevi liyumeh. Shukuriyya Dr. Hasssan Hameed
Thank you for the great, well-researched and constructive article. While someone apparently disagrees (perhaps without even reading the whole article), I see a very positive and constructive tone in the article. His tweet only got more readers for you, and they all seem to agree that this is a great, constructive article. It is sad to see that we have not even learnt lessons from the past, let alone from experts, books and research. Can we not recall the case of the first paved road(s) in Male’ where the whole road was paved as one big concrete slab? It cracked under the heat, (let me say, thankfully soon enough) to show that it is a bad model. Even back then, you were one of those who pointed out the bad design in those very first paved roads in Male’.
Article kiyaafa alhugandh faahaga vi eh kamakee kakamugaa ilmuverin saabithu kamaa eku eveyfulhunge hiyaalu ilmeegothun faalhu kurumuge muhinmu kan,,,,,,,,,,,kuriyah Vadaigan navaa Usthaaz
siyaasee radhdhakah vure ilmee radhdheh muizzu dhevvi nama dr qabool kuran faseyha vane. mihaaru rd akah evee. alhu gan’du UMMEDHU KURANEE ILMEE GOTHUN RAHDDHU DHEY HAMA BAYAAN KOH KONMMME VES EHCHEH DR.HASSAN LIUVVA NE KAMAH.
A well thoughtful article to read after long time. Sir u are great..
An Excellent article, as usual. It is an eye-opener for me. Thank you Dr. Hassan for the very informative article. When I was in primary school, I always wondered about the author of Grade 6 & 7 Mathematics text books. The activities in the book inspired me to eventually pursue higher education in Mathematics. Thank you once again.
Which edition? Is it the current textbooks? To be fair, the international ones prescribed when I was in school were pretty good too. They introduced me to graph theory
I didnt Read this article before, but muizzu promoted it and forced me to read it. I must say this is a excellent article and keep up, don’t care about what they say about you.
they don’t have the courage to face the truth, they think they are playing tennis without a court and always they are correct.
Excellent piece of writing.👏🏻👏🏻👏🏻 Insulting such a well researched piece shows the level of some people.
Excellent piece of writing. A constructive criticism of technical nature. Good suggestions…. sadly, Dr.Muizzu has taken this article negatively.
Wow. it’s truly wonderful to read such an informative article . Keep doing the good work.
This is an excellent piece of writing. I love the way how you have presented all the facts in a logical method. You have answered several questions in my mind regarding the poor planning of the so called jogging track.
Thank you.
do you have any anger issues for being ‘fired’? lol. anyway, a very good read. peace!
Dr. Hassan Hameed was not appointed by any president for the post of Vice Chancellor. It was the junta regime that made the position political and jerked hack out of few people’s life. It is the nature of uncivilised dictators to change things overnight and demand the masses either obey or face the wrath. Dr. Hassan doesn’t need a political appointment to survive. The knowledge and skills he has will keep him going.
Varah furihama article eh.Dr Muiz men kahala beyfulhun iburah haasilu kuran jehey.thimaa kuraa komme kamaky emme rangalhu kan kan kamah gaboolu kurumuge badhaluga mi Qaumuga thibi mifadha ilmy beyfulhun ge bass aduehun varah muhimmu,alhu gandumen kuraa kankamaky alhugandu menah vure fahu annah jeelu thakah ekamuge faidhaa kuraane kan kamah vaan jehey.
Thank you sir for the great information.
Dr Hassan
Thank you for the this detailed, constructive criticism and we need such views on many issues which we face today…..Hope the authorities will have the balls to accept these shortcomings/mistakes and will do the needful in future projects to avoid such mistakes/wastes
Agree with this article and yes the
a. authorities have wasted state funds in redoing the work
b. track mat now being with a joint all the way along full length, means its life be short
c. 6-7inch concrete is an over spend
d. NO joint means expansion/compression will cause damage and get cracks
e. 5 ft is narrow and the track just adjacent to heavy vehicle traffic path and may cause dangerous accident
f. this track will be much better at South side with 2km length +++++
g. Hope the hulhumale bridge will cater a good jogging track with proper designs…
Mueez ge meysthirikamun Villa college gai 10 buri imaaraatheh binaakohfa ebahuri. Vissaara vejjenama goathi thereyga meehakah gahakah kolhah nuhurevey. Fen vannaleh ginakamun adhives ekameh hallaeh nuvey. Vvv. Goas.
Mueez kuraa konme kameh thakuraarukoh kuranjeheuthee Meenaa ahbalhugadu kiyanee FAHKADAA MUEEZ. Eve.
ދިވެހިބަހުން ލިޔެފައިއޮތް ކިޔަންފަސޭހަ ދޭހަވާން ފަސޭހަ އަދި މަޢުލޫމާތު މުއްސަދި ޢިލްމީ ލިޔުންކޮޅެއް.. ޝުކުރިއްޔާ ސަރ.
Komme meehakavves faadu kiidhaane. Netunna thanthanun mauloomaathu hodhaigen jehidhaane. Ekam faadu kiyan v mihaaruba?
::: Masakkaiy kuri gothevves mashakah kamakunudhey, hama ehen,
::: Kiyaafa oiy faadevves mashakah kamakunudhey.
Excellent article, Hassan. Very comprehensive and complete. I wish the ‘professionals’ in this field would do such type of research on our built environment and educate the public. Thank you.
Thank you for presenting this comprehensive piece of research on the project.
I like to know your views on highrising structures that are getting erected on the outer rim of the City. People are not aware that they are curtaining one of the nature’s best shows; sunrise and sunset.
Truly appreciate for the valuable infomation’s. Hope these things will consider next time when the concerns do the job..
Varah furihama liyuvvumeh..
Mifadha liyuvvun gina kurahvaa…
Varah bodah shukuriyyaa!
Great article. I know Dr.Muizzu would not digest this.
I was inspired of Dr hassan after reafing an article in gr 6/7 dhivehi text book about how we could get rid of bad smell in the well.
I advice Dr Muiz to do a public apology for commenting on this article saying that its written with out knowledge.
That Was Published In Monthly Dharuma Majallah I Think Surukhy Was Fenvalhun Vas Filuvaane’ Goiy Or Something Similar. Year 2002 / 2003.
Don’t Know Of Being Added To School Syllabus.
After a long time I read a dhivehi article in full. Excellent.
Came across a tweet from Dr Muiz, slamming Dr Hassan. Read the article and now I’m sure Dr Muiz is a greedy unqualified dumb head.
This is a great article. Well researched, well presented.
Execellent article, explained everything in dept and in a simplified manner. I always read your articles it gives great insight and information.
this is excellent article – need more researchers like this as there are so many on going projects – and if we don’t speak constructively – can lead lot of waste & damage. hope people responsible will take the knowledge from this.
haha and muizzu talks about mauloomathu nei meehun. V informative. well researched. GV dr muizzu
Great article. But I hope you would not be summoned to Maldives Police Service after they see this article :)
Best of luck. Keep posting such great news
Very informative, Iread it’s all. جزاك الله خيراً
Critical thinking….great article
Great work!
Great article, well researched… No wonder it’s from you. Keep going.
One of the best article I have read in the past days from a local guy who has done perfect homework to present correct ways people do things.
Hope they will read the article and think twice before doing similar job.👏👏👏👏👍
Well said you have done a good job
Mee gaumuga ufedhifathibi fikuruverrin mi verringe beynun heyogothugai hiffijjenama ethah kameh faseyhain halluve rangalhuvegendhaane.
Maai Allah manikfaanuge ilmu ithurukurravvaashi. Aameen
Thank you sir for this excellent article on jogging tracks. From day one i have been observing the construction of this track which i was not happy at all as i doubt this is not right the way to construct this. Not i know or i am an expert on it but merely on common sense i knew theres something terribly wrong.
I wish more of us write articles like this in constructive criticism rather than blaming.
Thank you very much for this information and i hope people concerned would stop acting as they know everything but do proper research and consultation before implimenting anything for the good of our country.
Best wishes.
I am sure, the ones who’s responsible won’t agree to this. That’s who we are and that’s why we aren’t developing to the level we should have based on the age of this Country.
But this is a great job by writing so much of details. That’s an unusable track and I knew it the very moment I saw.
Where can we criticise and yes even the constructive ones. It’s considered a sin and a betrayal.
varah furihama liyumeh. ilmuverin kankamaa medhu hiyaalu faalhu kurahvaa gothaa thandhoru neygi liyaa meehunge thafaathu engijje. Mi gaumah beynunvanee thiya fadha ilmee beyfulhun ge hiyaalai fikuru. adhives ehfaharu shukkuriyaa
Excellent work
Varah shauguverikama ekee kiyaalevunu mazumooneh! Adhi varah ufaavejje kudhi kudhi kankamaa medhu visna fikuru koffa hurivaru fenifa. Ummeedhu kuran airportun faibaigen ais male’ ah aumah kuraa masaikathugai queue kurevumaai, vissaara ge nivalun ferry boatu thakah ereyne gothakaa medhu kiyaalaane liyumakah.
Excellent Dr Hassan
wow an excellent one dr. your way of going deep into the matter is what i love most reading. keep up the excellent contribution to the community as always.
Mihaathanah liyefa huri gina article thah kiyaalevijje. Ekamaku mihaa furihama article eh adhi Kiyaa meeha shauguverivaa gothah liyefa in article eh nukiyan mi noony.. Good job 👍
One of the best articles that I have come across. thank you Sir
Jogging track ga hingaalaifin…iru iru kolhaa jehenee faiban trackun, kurimathin anna meehunnah than dheyn..
Great article with constructive developmental knowledge. Would have been more meaningful in terms of usage if you could include the disable people view on using the roads more effectively. The majority is included in this article but the minority also should be included in my view.
Thanks
Varah furihama mazmooneh…shukuriyya thi hissaa kirevvi mauloomaathah.
Very well researched and written. I have been following this decelopment too, have been very worried about it too. Thank you for the article.
And hope people will get the whole idea of how this project was done.
Dear sir,
Apart from the constructive criticism of technical nature, three things in this article made me read it with great relish: (1) clarity (2) cohesion, and (3) brevity with which technical information has been presented in dense yet accessible manner, in as much “pure” Dhivehi as possible. I wish if a PDF version was available for download – one that could serve as a handout both for students of urban planning (architecture) for whom you intended this article and those in need of rhetoric exemplars in Dhivehi.
Thanking you.
Thank you, MU, for your valued comments. A pdf can be easily made by copying the text and images and then pasting them in MS Word. You could then “print” it to a pdf document. Thank you, once again.
Great article 👍👏👏👏
This is an excellent piece. I must say you have done a very wonderful job. You should write more often on various issues in this country. Such in-depth knowledge is what our people need.
Thank you.