ތިރީގައި މި ގެނެސްދެނީ ވައިރުކުރުމުގެ ގަވާއިދަށް ބޭރު ޤައުމުތަކުން 2024 ގައި ގެނެސްފައިވާ އިޞްލާޙެކެވެ. މި އިޞްލާޙަކީ ރާއްޖޭގެ ގަވާއިދުގައި އަދި ހިމެނޭ ހަމައެއް ނޫނެވެ. ނަމަވެސް، މިފަދަ ކަންކަމުގެ ރާއްޖޭގެ ގަވާއިދުތަކަކީ ކުރިއަރާފައިވާ ޤައުމުތަކުގެ ގަވާއިދުތައް ކޮޕީކޮށްގެން ހަދާފައި ހުންނަ ގަވާއިދުތަކަކަށް ވާތީ، މި އައު ހަމަ ރާއްޖޭގެ ގަވާއިދުގައި ކުރިމަގުގައި ހިމެނުމަކީ ވަރަށް ގާތްކަމެކެވެ. އެހެންކަމުން އަޅުގަނޑު ތިރީގައި މި ދަންނަވާލަނީ މި ހަމައެވެ.
ފަސްމަންޒަރު
1980 ގެ އަހަރުތަކުން ފެށިގެން އިލެކްޓްރިކް ސާމާނުތަކާއި އިލެކްޓްރޮނިކް ސާމާނުތައް އެކަތި އަނެއް އެއްޗާ ލާމެހި ގުޅެމުން އެބަދެއެވެ. އިލެކްޓްރިކް އިން މާނަކުރަނީ އިލެކްޓްރިކް ހަކަތަ އެހެން ބާވަތެއްގެ ހަކަތައަކަށް ބަދަލުކުރާ ސާމާނަށެވެ. އިހުގައި ބޭނުންކުރާ ފަންކާއަކީ އިލެކްޓްރިކް އެއްޗެކެވެ. އިލެކްޓްރޮނިކް އިން މާނަކުރަނީ އިލެކްޓްރިކް ބާރު ބޭނުންކުރާ ޗިޕެއް ހިމެނޭ އެއްޗިއްސަށެވެ. ރޭޑިއޯ އަކީ އިލެކްޓްރޮނިކް އެއްޗެކެވެ. ނަމަވެސް ފަހަކަށް އައިސް އިލެކްޓްރިކް އެއްޗެތީގައި އިލެކްޓްރޮނިކް ސާމާނުތައް ހިމަނަން ފަށައިފިއެވެ. މިގޮތުން، މިޒަމާނުގެ ފަންކާތަކުގައި އިލެކްޓްރޮނިކް އެތައް ބައެއް ހުރެއެވެ. އިހުގެ އައިސް އަލަމާރިއަކީ އިލެކްޓްރިކް އެއްޗެކެވެ. ނަމަވެސް މިހާރުގެ އައިސް އަލަމާރީގައި އިލެކްޓްރޮނިކް އެތައް ސާމާނެއް ހިމެނެއެވެ.
ގޭގެ ވައިރުކުރުމުގައި މިހާރު އެތައް އިލެކްޓްރޮނިކް ސާމާނެއް ބޭނުންކުރެއެވެ. މި ޒަމާނުގައި ”ސްމާޓް ހޯމް“ [ހުޝިޔާރު/ބުއްދިވެރި ގެ] ކިޔާ ބާވަތުގެ ގޭގައި އަތުގައި އޮންނަ ފޯނުން ދޮރު ހުޅުވައި ތަޅުލައި، ދޮރުފޮތި ކަހައި ދަމައި، އޭސީގެ ފިނިހޫނުމިން އެކި ވަރަށް ޖައްސައި، ބޮކި ފަދަ ތަކެތި ދިއްލައި ނިވައި މިފަދަ އެތައް ކަމެއް ކުރެވެއެވެ. އަދި މިކަންތައް އެހެން ރަށެއްގައި ހުރެފައި އިންޓަރނެޓް މެދުވެރިކޮށް ކުރެވެއެވެ.
މިގޮތުން ގެ ވައިރުކުރުމަށް އައި އެއް ބަދަލަކީ އާދައިގެ ސްވިޗްގެ ބަދަލުގައި ”ސްމާޓް ސްވިޗް“ ބޭނުންކުރަން ފެށުމެވެ. މި ސްވިޗް ޖައްސައި ނިއްވަން ސްވިޗް ފެންނަތަކުގައި ހުންނާކަށް ނުޖެހެއެވެ. އަދި އަތްލާކަށް ވެސް ނުޖެހެއެވެ. މިފަދަ ސްވިޗް ހަރުކުރުމަށް ގޭގެ ވައިރިން އަށް ބަދަލެއް ގެންނަން ޖެހެއެވެ.
2024 ގައި ބޮތްކަކާއި ސްވިޗެއް ވައިރުކުރަންޖެހޭ ގޮތް
ބޮޑެތި ޤައުމުތަކުގައި އަލަށް މި ތައާރަފު ކުރި ގަވާއިދުގައި ނިއުޓްރަލް ނަރު ބޮތްކަން ދާންޖެހެނީ ސްވިޗް ފޮށީގެ ތެރެއިން ލާފައެވެ. އެއީ ތިރީގައިވާ ގޮތަށެވެ.
ގަވާއިދުގައި އޮންނަނީ އަންނަނިވި ގޮތަށެވެ.
44.2 Switch Connections
(C) Switches Controlling Lighting Loads
The grounded circuit conductor (Neutral Wire) for the controlled lighting circuit shall be installed at the location where switches control lighting loads.
ބިމާ ގުޅާފައިވާ ނަރު [ނިއުޓްރަލް ނަރު] އަލި ކޮންޓްރޯލް ކުރާ ސާކިޓަކާ ގުޅަންވާނީ އެ އަލި ކޮންޓްރޯލް ކުރާ ސްވިޗް ހަރުކުރި ތަނުންނެވެ.
މި އައު ގަވާއިދު އިސްތިސްނާވާ ޙާލަތްތަކެއް ވެސް ބަޔާންކޮށްފައި ވެއެވެ. ތިރީގައި އެވަނީ މި އިސްތިސްނާ ހާލަތްތަކެވެ.
Exceptions
(1) Where conductors enter the box enclosing the switch through a raceway, provided that the raceway is large enough for all contained conductors, including a grounded conductor
(2) Where snap switches with integral enclosures comply with 300.15(E)
(3) Where lighting in the area is controlled by automatic means
(4) Where a switch controls a receptacle load
ނަމަވެސް މިއިން އެއްވެސް އިސްތިސްނާއެއް، ރާއްޖޭގައި ބޮކި/ދިއްލުން ވައިރުކުރާ ހާލަތްތަކަކާ ނުގުޅެއެވެ. އެހެންކަމުން މަތީގައިވާ ހަތަރު ޙާލަތް ތަރުަޖަމާއެއް ނުކުރާނަމެވެ. އެންމެ ރަނގަޅު ގޮތަކީ މިހާރުން ފެށިގެން ހުރިހާ ސްވިޗް އަކުން ނިއުޓްރަލް ލިބޭގޮތަށް ވައިރުކުރުމެވެ.
އައު ގަވާއިދު ތައާރަފުކުރީ ކީއްވެ؟
ބުނެވޭ ގޮތުގައި މި އައު ގަވާއިދު ތައާރަފުކުރި ސަބަބަކީ، މި ޒަމާނުގައި އަލި ކޮންޓްރޯލް ކުރަން ސްމާޓް ސްވިޗް ބޭނުންކުރާތީއެވެ. މި ފަދަ ބައެއް ސްވިޗްގައި ނިއުޓްރަލް ނަރު ގުޅާނޭ ކޮޅެއް ވެއެވެ. އެހެންކަމުން ނިއުޓްރަލް ނަރު ފޮށީގައި ނެތްނަމަ، މިފަދަ ސްވިޗެއް ނުގުޅޭނެއެވެ. ތިރީގައި މިވާ ޔޫޓިއުބް ވީޑިއޯގައި މި ގަވާއިދު އިތުރަށް ކިޔައިދީފައި ވެއެވެ.
Boki line ehgai erth cable eh nuinnaneetha mihaaru?
USA ge code gai vaa gothun beynunvey. Namaves, kurehumuge dheyha faseyha kuran fotoagai nethee. Hurihaa circuit akah earth beynunvaane. Beynun kurias nukurias.
Varah hiygaimu article eh
Varah muhinmu mauloomathu himenifai vaa article eh kamugai dannavan
Electrical daairaage Ithuru article fennane kamugai unmeedhukuran
Sukuriya dhevi information ah