.
ހަށިގަނޑުގެ އެކި ބައިތަކަށް ދިވެހިބަހުން ކިޔާ ނަންތައް
މީގެ ދުވަސްކޮޅެއްގެ ކުރިން، ލިޔަމުން ގެންދިޔަ މަޒުމޫނަކަށް އިންސާނާގެލޯ މަރާލުމުން މަތިން ތިރިއަށް ފައިބާ އަދި ތިރިން މައްޗަށް އަރާ ދޮރުފަތެއް ފަދަ ހަންކޮޅަށް ކިޔާ ދިވެހި ނަން ބޭނުންވިއެވެ. ރާއްޖޭގެ އެކި ހިސާބުގެ މީހުންގެ ކައިރީގައި އަހައިގެން ވެސް މިއަށް ކިޔާ ނަމެއް ނުއެނގުނެވެ. ގިނަމީހުން ހީކުރަނީ އެއީ އެސްފިޔަ ކަމަށެވެ. ނަމަވެސް އެސް ފިޔައަކީ، އޭގެ އަރިމަތީގައި (ރަވައިގައި) ފަޅާފައި ހުންނަ އިސްތައްޓެވެ. އިނގިރޭސި ބަހުން މި ބަޔަށް ކިޔަނީ އައި ލިޑް (eye-lid) އެވެ. އެ ނަމުގެ ލަފުޒީ މާނައަކީ ލޮލުގެ މަތިގަނޑެވެ. ދަޅެއްގައި މަތި ޖެހުމުން ވެސް އެތެރެ ފޮރުވޭ ގޮތް ވާތީ މި ގޮތަށް ނަން ކިޔަނީ ކަމަށް ލަފާ ކުރެވެއެވެ. ޔަގީންވީ މިތަނަށްކިޔާ ދިވެހި ނަމެއް އޮންނާނޭ ކަމެވެ.
މިހެން ކަންވެފައި ވަނިކޮށް، ޙަސަން އަޙްމަދު މަނިކު ނެރުއްވި މަޖައްލާއެއްގައި، މިބަޔަށް ކިޔާ ނަން ލިޔުއްވާފައިވަނިކޮށް ފެނިއްޖެއެވެ. އެއީ 17 އޮކްޓޯބަރ 1989 ގައި ”ވަނަވަރު“ ކިޔާ މަޖައްލާއެއްގެ 4 ވަނަ ޢަދަދުގައެވެ. މި ލިޔުއްވުމުގައި ދިވެހި ބޭސްވެރިކަމުގައި ބޭނުން ކުރާ ބޭސްތަކުގެ އިނގިރޭސި ނަންތައް ވެސް ލިޔުއްވާފައި ވެއެވެ. މަޖައްލާ ވަނީ އިނގިރޭސި ބަހުންނެވެ. އެ މަޖައްލާގެ އެ ޢަދަދުގައި ގިނައިން ވަނީ ބޭސްތަކުގެ އިނގިރޭސި ނަންތަކެވެ. ދިވެހި ބޭސްވެރިކަމުގެ ކުރު ތާރީޚެއްވެސް ލިޔުއްވާފައި ވެއެވެ
ދިވެހި ބަހުން ހަށިގަނޑުގެ ހުރިހާ ތަނަކަށް ކިޔާ ނަންތައް ވެއެވެ. ފަހަކަށް އައިސް މި ނަންތައް ގެއްލި، ހަށިގަނޑުގެ ތަނެއް ސިފަކުރާ ކުރުމަކީ ލަފުޒުކަމަށް ބެލިފައި ވެއެވެ. މިގޮތުން ކަށިމަތި، އަތުގެ ބަނޑުފުށް ފަދަ ލަފުޒުތައް ބޭނުން ކުަރަމުން ގޮސްފައި ވެއެވެ. ސިފަކޮށްދޭ ޢިބާރާތްއް ލަފުޒެއްގެ ގޮތުގައި ބޭނުންކުރަނީއެވެ. ތިރީގައި އެވަނީ ހަށިގަނޑުގެ ބައެއް ތަންތަނަށް ކިޔާ ދިވެހި ނަންތަކެވެ. މިއިން ބައެއް ނަންތައް ބަސްފޮތުގައި ވެއެވެ.
އިންސާނާގެ މުޅި ހަށިގަނޑު | އާގު |
ފައިތިލައިގެ ކުރީބައި | އަގުފާ |
ހަށިގަނޑުގައި ތެދަށް ހުންނަ ކަށިތައް | އައްކަ |
ކަކުލާއި ފައިގެ ކުޑަހުޅާ ދެމެދުގައިވާ ދެ ކަށިގަނޑުން ކުރިމައްޗަށް ހުންނަ ހިމަ ކަށިގަނޑު | އަކުނަ |
އިންސާނާގެ ކަށިތަކުގެ ނިޒާމު (ހުރިހާ ކަށިތަކެއް) | އަންގަ |
މައިކަށީގެ އެންމެ ތިރީގައިވާ ހިސާބުގެ ހަށިގަނޑު | އަރުނު |
ފިރިހެނުންގެ ދެ އޮށާއި އެ އޮންނަ ކޮތަޅު | އަވޯ |
ކަރާއި ބަނޑާ ދޭތެރޭވާ ތަން، މޭ | ބާސަނަ |
ކަކޫ | ބަޅައްދަރު |
އަތް | ދައްދާނަ |
ހިރުގަނޑު، ތަލި | ދަފޮޅު |
ދަތްތަކުގެ އެންމެ އަޑިއަށް ހުންނަ ދަތް، އިނގިރޭސިބަހުން ވިޒްޑަމް ޓޫތު | ދަގަ |
އުނަގަނޑު | ދަގުރަ |
ފައިގެ ކުޑަކަޅުވާ | ދަކަލި |
އަތްތިލަ | ދަންދާނަ |
ބުމަ | ދަނު |
ކަކުލު ހުޅުގެ ދަށް ފަރާތް، ދޯނގި | ދަށަލި |
ދެ ބުކުގެ ދެމެދުގައިވާ ތަން | ދެމަރު |
ލޮލުގެ ކަޅުކަޅީގެ މެދުގައި ކަޅުކުލައިން ހުންނަ ލޯވަޅު. އަލި ވަންނަނީ ލޮލަށް މިތަނުން. ކޮއި | ދިރިފި |
ފައިގެ ދަށް ފުށް | ދޯވަން |
އިންސާނުންގެ ޖިންސީ ގުނަވަންތައް | ދުރުބަ |
ފައިގެ ނުވަތަ އަތުގެ އިނގިލި | އީދު |
ލޮލުގެ ދެބޮނޑީގައި ބަރިއަކަށް ފަޅާފައި ހުންނަ އިސްތަށި. އެސްފިޔަ | އެސްދަރު |
ފައިތިލައާއި ފައި ދަނޑިއާގުޅޭ ހިސާބު (ankle) | ފަށަގައި |
ހަށިގަނޑު، ޚާއްޞަކޮށް ބޮލާއި ފަޔާއި އަތް ނުލައި ހަށިގަނޑ | ފިޔަރި |
މައިކަށީގެ މަތީބައި | ފުއްޑަޅަ |
މައިކަށީގެ ތިރީބައި | ފުއްދަޑި |
މޫނުމަތީގެ ކޯ | ފުއްފަ |
ފިރިހެނުންގެ ޖިންސީ ގުނަވަން | ފުރަހަ |
ކަރާއި ބަނޑާ ދެމެދު. މޭ | ގަމަނަ |
ފިރިހެނުންނާ އަންހެނުންގެ އުރަމަތި، ބުއް | ގަމަތަ |
ކަރުގެ މަތީފަރާތް | ގިލަ |
އަތުގެ ކުޑަހުޅު ހިސާބު | ގިއުޅަބި |
ފައިގެ ކުޑަ ކަޅުވާ | ހަބުރު |
ކަކުލާއި ފައިގެ ކުޑަހުޅާ ދެމެދުވާ ދެ ކަށިގަނޑުން ހިމަނކަށިގަނޑު | ހަނަމި |
އުނަގަނޑުގައިވާ ގުޅިފައިވާ ތިން ބޮޑު ކަށިގަނޑު | ހަރުނު |
ހަށިގަނޑުގެ މޭގެ ދަށް، ބަނޑު | ހިބިކަދު |
އަންހެނުންގެ ފަރުޖު | ހޮރު |
ދެ ބުމައިގެ ދެމެދު | ހުރަ |
ލޮލުގެ ކަޅުކަޅ | ހުރެވި |
ފިރިހެނުންގެ ޒަކަރު | ކާޑު |
އަތުގެ ބަނޑުފުށް. އަތ | ކައި |
މެދު ދަތް | ކަޅުބު |
އަށިގަނޑުގެ އަރިމަތި | ކަމިރު |
ކަންފަތް، ކަންފަތުގެ ބޭރަށް ހުންނަބައ | ކަންފި |
ހަށިގަނޑުގެ މޭގެ ތިރި، ބަނޑު | ކިސް |
އުރަމަތި ، ބުއް | ކިސްފާ |
ބޮޑުކަމުދާ ދޮރު | ކޮށްޓަރު |
ފިދުމަސްގަނޑު، ފިދުކިބަ، މާކަޅުވާމަހާއި، ޅިނދުމައްޗާ ދެމެދު ބޯކޮށް އޮންނަ ދެމަސްގަނޑުން އެއްމަސްގަނޑު . | ކުދޭނި |
ލޮލުގެ ކަޅި | ކުފި |
އަތުގެ ބަނޑުފުށް ނޫން އަނެއް ފުށ | ކުރަ |
އުޅަބޮށި | ކުރަފުދަ |
އަތުގެ އުޅަބޮއްޓާއި ކުޑަހުޅާ ދެމެދުގައިވާ ބައި | ކުރައިދީ |
މުލައްދަނޑި، ކޮޑުހުޅާއި އުލަބޮއްޓާ ދެމެދު | ކުރެއްކެދު |
އުރަމަތި، ބުއް | މަޑަ |
ރަޙިމު. އަންހެނުންގައި ހަށިގަނޑުގައިވާ ކުޑަކުދިން އުފެދޭ ގުނަވަނ | މައުގަޅަ |
މަތީތުންފަތާއި ތިރީތުންފަތް ގުޅޭ ކަން. | މިއަމަސް |
މަތީ ތުންފަތް | މިޔަރަވަ |
މިއަމަސް. ދެތުންފަތް ގުޅޭ ކަން | މިޔަރެސް |
މޫނު | މުގަޅު |
ކޮނޑު، ކޮނޑު ފިޔަން ކަށިގަނޑު | ނަރަކަމަޅަ |
ލޮލުގައި އެސްފިޔަ ފަޅާފައި، ހުޅުވި ލެއްޕޭ ބައި | ނޭފެ |
ނޭފަތް | ނޭސިކަ |
ނިތްކުރި | ނިދާޅަ |
އަތުގެ ބަނޑުފުށް | އޮބަސާނި |
ކަރުގެ ދަށް ފަރާތުން މަތީގައި ބޭރަށް ފާޅުވާގޮތަށް މަޑުކަށިން ހެދިފައި ހުންނަބައި . ލަގޮނޑި | އޮށްހަލި |
ބަނޑުން ކާނާ ނުކުތުމަށްފަހު، ހަޖަމުކުރުމަށް ދަތުރުކުރާ ހޮޅި. ގޮހޮރ | އޮހޮރި |
އިންސާނުންގެ ބޯ | ސަރު |
ފޫޅު | ސޯޅި |
ދޫ | ސުއްދަ |
ފައިގެ ކުޑަހުޅުން ފެށިގެން އިނގިލިތައް ފަޅާފައި ހުންނަ ބައި | ތިލަމެން |
ބުއް، އުރަމަތި | ތިނަ |
ބުމަ | ތިރިލޯއު |
ކިހިލިފަތް | ތޮފާޅަ |
ބޮޑުކަމުދާ ދޮރު | ތުފު |
އުޅަބޮށިން ފެށިގެން ކުޑަހުޅާ ދެމެދު | ތުޅުލު |
ފައިގެ ކުޑަހުޅުން ފެށިގެން އިނގިލިތަކާއެކު | ތުރަވާން |
ބަނޑު (މެޔާއި ދަށްބަނޑާ ދެމެދު) | އުދަރު |
މަނި | އުމާދު |
އަތުގެ ނުފުށް | ވިދާނަ |
ހަށިގަނޑުގެ އެކި މިންތައް (ނިސްބަތުން) | ވިލަގު |
ދަތްދޮޅި | ވުންމަސް |
އަޅުގަނޑަށް ލަފާކުރެވޭ ގޮތުން ހަށިގަނޑާ ދޭތެރޭ ޝައުޤުވެރިވާ މީހުން، ދިވެހި ބަހުން ހަށިގަނޑުގެ ހުރިހާ ތަނަކަށް ކިޔާ ދިވެހި ލަފުޒުތައް އެއްކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އައު ލަފުޒުތައް ޢާއްމުވާނީ، ލިޔުންތެރިން، ވާހަކަތަކާއި ޚަބަރުތަކުގައި، އަދި ޢާއްމު ވާހަކަ ދެއްކުމުގައި ލަފުޒުތައް ބޭނުން ކުރުމުންނެވެ.
Amazing thank you for the efforts
Gellifa oiy ehcheh fenunukan hoadhevi kamattaka shukuru veri van. Basthah vanee thakuraaru vefai. Balhahdharu fadha bas thakah ehen gotheh ehen maana eh dheyn jehey.
Saabas, shukuriyyaa, thikuravvaa masakkathah
Can this vocabulary be made part of the certification for dhivehi beys kurumuge sanadhu and the mbbs programme? There is no simpler way of bringing these words back into circulation again!
V salhi ingey… hama habeys
Can this vocabulary be made part of the certification for dhivehi beys kurumuge sanadhu and the mbbs programme? There is no simpler way of bringing these words back into circulation again!
Would it possible to label it on a drawing or image?
Varah fakka nan ebahuri