m – meal

mealy – Montana

montbretia – myxomatosis

montbretia

މޮންބްރީޝާ. ނ. ދިގު ތަނޑިއެއްގައި އޮރެންޖު ކުލައިގެ މައުތަކެއް އަޅާ ކަނދޮޅު ފާޑުގެ ގަހެއް.

Montevideo

މޮންޓިވިޑެއޯ. ނ. ޔުރުގުއޭ ގެ ވެރިކަން ކުރާ ޝަހަރު.

month

މަންތް. (ތ ސުކުން ކިޔާނީ ފިއްތި އަޑުން). 1ނ. . އަހަރެއް ބައިކުރާ ބާރަ ބައިން އެއްބައި. މަސް. މައްސަރު. (ސ) މަސަ. (ފ) މާހް. 2. ޖެހިޖެހިގެން އަންނަ ދެ މަހެއްގެ އެއް ދުވަހުގެ ތާރީޚްގެ ދެމެދު. month of Sundays ވަރަށް ދިގު މުއްދަތެއް.

monthly

މަންތްލީ. (ތ ސުކުން ކިޔާނީ ފިއްތި އަޑުން). ނއ. ކޮންމެ މަހަކު އެއްފަހަރު ވާ/ޝާއިޢުކުރާ/ފީދައްކާ. މަހަކު އެއްފަހަރު ކުރާ. (ސ) މާސިކަ. [މާހިކަ]. —ކއ. މަހަކު އެއްފަހަރު. —ނ. މަހަކު އެއްފަހަރު ނެރޭ މަޖައްލާއެއް، ނޫހެއް ފަދަ އެއްޗެއް.

monument

މޮނިޔުމަންޓް. ނ. 1. މީހެއް ނުވަތަ ކަމެއް އިޙްތިފާލުކުރަން/ހަދުމަކުރަން ހަދައިފައިވާ އެއްޗެއް (ޚާއްޞަކޮށް ބިނާއެއް). 2. ތާރީޚީ ސަބަބުތަކަށްޓަކައި ހިމާޔަތްކޮށްފައިވާ ބިނާއެއް. ތާރީޚީބިނާ. (އ) ޔާދޫޤާރު.

monumental

މޮނިޔުމަންޓަލް. ނއ. 1. ހަނދާނީ ބިނާއަކަށް ނިސްބަތްވާ. 2. (އަދަބީ އުފެއްދުމާ މެދު) ދާއިމީކޮށް މުހިއްމު އަދި ބޮޑު. މ. ޞަލާޙުއްދީނު ލިޔުއްވި ސިޔަރަތަކީ މޮނިޔުމަންޓަލް މަސައްކަތެކެވެ. 3. ވަރަށް ބޮޑު. މ. a monumental achievement/blunder. monumental mason = މަހާނަގައު ފަދަ ތަކެތި ހަދާ މީހެއް.

moo

މޫނ. ނ. ގެރިއެއް ލައްވާ ބުން އަޑު. —ކ. މިގޮތަށް ގޮވުން/ހޭރުން.

mooch

މޫޗް. ކ. (ނުރަސްމީ ބަހުރުވައިން) ލަސްލަހުން ވަކި މަންޒިލެއް ނެތި ހިނގުން.

mood

މޫޑް. ނ. 1. ވަގުތީ ގޮތުން މީހެއްގެ ރޫޙް ނުވަތަ ފިކުރު ހުރި ޙާލަތް. މިޒާޖު. ޙާލަތު. ޚުލްޤު. ވަކި އިރަކު މީހަކަށް ކުރެވޭ އިޙްސާސްތައް. The public mood changed dramatically after the fire. 2. ފަންނީ އުފެއްދުމަކުން މ. ވާހަކައަކުން، ކުރާ އަސަރު ނުވަތަ އުފައްދާ ޝުޢޫރު. 3. ކުއްލިއަކަށް އަންނަ ރުޅި ނުވަތަ ވާ ދެރަ. he’s in one of his moods. 4. ކަމުގެ ލަފުޒަކުން އެއީ އަމުރެއްތޯ ނުވަތަ ހަމަ ޚަބަރެއްތޯ އަންގައިދޭ ބާވަތް. މ. he stopped އާއި stop now! ގެ މޫޑް ތަފާތު.

moody

މޫޑި. ނއ. (moodier, moodiest) 1. ނާއުއްމީދާއި އެކު ދެރަވެފައިވާ. ފަސޭހައިން ރުޅިއަންނަ ނުވަތަ ދެރަވާ ޙާލަތެއްގައިވާ. މ. މީހެއް. 2. އަނދިރި ވެފައި ހިތްގައިމުނޫން، ސާފުކޮށް ނުފެންނަ (މ. މޫސުން). ސިއްރުވެރި ދެރަކުރުވާ ރޫޙެއް އުފައްދާ. މ. The film has a moody jazz score. ކއ. moodily. ނ. moodiness.

moon

މޫން. ނ. 1. އިރުގެ އަލި އެޅިގެން ދިއްލިފައި ހުންނަ ދުނިޔޭގެ ވަށައިގެން އެނބުރޭ ޤުދްރަތީ ސެޓެލައިޓް. ހަނދު. 2. މި އެ ފެންނަ އިރު. there is no moon tonight. 3. ކޮންމެ ގުރަހައްޔެއްގެ ނަމަވެސް ޤުދްރަތީ ސެޓެލައިޓް. 4. ނުލިބޭނެކަމަށް ލަފާ ކުރެވޭ ކޮންމެ ކަމެއް/އެއްޗެއް. cry for the moon. promised us the moon = ނުފުއްދޭނެ ފަދަ މަތިވެރި ވަޢުދުތައް. —ކ. ހުވަފެނެއްގައިހެން، ޖޯޝެއް ނެތި ވަގުތު ހޭދަކުރުން، ހަރަކާތްތެރިވުން، ބެލުން. moon-daisy ނ. ރީނދޫކުލައިގައި ކަރުގަނޑު ހުންނަ ޑޭޒީ މައު އަޅާ ގަހެއް.

moonbeam

މޫންބީމް. ނ. ހަނދުވަރުގެ ދޯދިތައް. ސަނދަމޭގަ. (އ) ޗާންދަނީ.

moonless

މޫންލަސް. ނއ. ހަނދު ނުފެންނަ. މ. moonless nights.

moonlight

މޫންލައިޓް. ނ. ހަނދުން ފޮނުވާ އަލިކަން. ހަނދުވަރު. ސަނދުރަވި. ސަނދުވަންނަކާރަ. ސަނދުވަންކާރަ. moonlighting. ނ. (ނުރަސްމީ ބަހުރުވައިން) ދެ ވަޒީފާގައި އުޅޭ އުޅުން – ދުވާލު އެއްވަޒީފައިގައި، ރޭގަނޑު އަނެއް ވަޒީފާގައި.

moonlit

މޫންލިޓް. ނއ. ހަނދުވަރުން އަލިވެފައިވާ. ސަނދުރަވަތި.

moonrise

މޫންރައިޒް. ނ. ހަނދު އުދަރެހުން އަރާ އެރުން، މިވަގުތު. ހަނދުއުދަވުން.

moonshine

މޫންޝައިން. ނ. ސޭކު ތާކުންތާކު ނުޖެހޭ ޚިޔާލުތައް.

moonstone

މޫންސްޓޮއުން. މޫންސްޓޯން. ނ. ހުދުކުލައަކަށްދާ ޖަވާހިރެއް. (ފ) ސަންގުމާހް.

moony

މޫނީ. ނއ. 1. ހަނދުފަދަ. ހަނދަށް ނިސްބަތްވާ. He was a stout gentleman with a round, moony face. 2. ވަށައިގެންވާ ކަންކަމަށް ސަމާލުކަން ނެތި، ހުވަފެނެއްގައިވާ ފަދައިން. She was a moony child who enjoyed long walks in the woods.

moor

މުއަރ. ނ. 1. ކުދި ގަސްހެދޭ، ދަނޑުބިމަށް ނުވާ ބިމެއް. 2. ކުޅިވަރަށް ބަޑިޖަހައި މަރަން މިތަނުގައި ގެންގުޅޭ ޖަނަވާރު. މ. a grouse moor.

moor

މުއަރ. ކ. ކަނޑު އުޅަނދެއް އޮޔާ ނުދާނޭ ގޮތަށް ވަލަކުން އެއްޗެއްގައި ހަރުކުރުން. އުޅަނދު އެޅުން. ނ. moorings އުޅަނދު އެޅުމަށް ބޭނުންކުރާ ވައު. އައްސާފައި ބާއްވަން އުޅަނދު އަޅާ ތަން.

Moor

މުއަރ. ނ. އެފްރިކާގެ އުތުރު-ހުޅަނގުގައި އުޅޭ މުސްލިމުން. މި މީހުން ސްޕެއިންގައި ވެރިކަން ކުރިއެވެ. އެއީ 711 އިން 1492 އަށެވެ. ސްޕެއިންގައި އުޅޭ މުސްލިމުން. ނއ. Moorish.

moorhen

މުއަރހެން. ނ. ފެންގަނޑުގައި އުޅޭ ކުޑަ ދޫންޏެއް. ވަލިކުކުޅު. އޮޅުވަލު ކަނބިލި.

moose

މޫސް. ނ. (ގިނަ ވިޔަސް ހަމަ މި އިމްލާ). އުތުރު އެމެރިކާގައި އުޅޭ ބޮޑު ޖަނަވާރެއް.

moot

މޫޓް. ނއ. ޔަޤީން ނޫން. ބަހުސަށް ޖާގައޮތް. His name was mooted as a possible successor. މ. that is a moot point. —ކ. ބަހުސްކުރުމަށް ސުވާލެއް ހުށަހެޅުން.

mop

މޮޕް. ނ. 1. ގިނަ ނަނުތަކެއް ބޮނޑިއަކަށް ބަދެ، ދަނޑިބުރިއެއްގެ ކޮޅުގައި އައްސައިގެން ތަޅުން ސާފުކުރަން ގެންގުޅޭ އެއްޗެއް. 2. މި ސިފައަށް އޮންނަ އެހެން ކުޑަތަކެތި. މ. dish-mop. 3. ވަރަށް ބޯކޮށް ދިގުކޮށް ހުންނަ ބޮލުގެ އިސްތަށިގަނޑު. —ކ. (mopped, mopping). މޮޕެއް ބޭނުންކޮށްގެން ސާފުކުރުން. އެހެން އެއްޗަކުން ނަމަވެސް މިގޮތަށް ސާފުކުރުން. mop up މޮޕަކުން ސާފުކުރުން. ކަމެއް ނިންމައިލުން. ހަނގުރާމައެއް ކާމިޔާބުވުމުން، ސަރަޙައްދަކުން އަދާވާތްތެރިން މުޅީން ހުސްކޮށްލުން/ނައްތައިލުން. Mrs Mopp (ނުރަސްމީ ބަހުރުވައިން) ތަންތަން ފުހެ، ސާފުކުރާ އަންހެނެއް.

mope

މޯޕް. މޮއުޕް. ކ. މާޔޫސްވުމުގެ ސަބަބުން، ވިސްނަން ބޭނުން ނުވެ، ޙާލަތު ބަދަލުކުރަން ކަމެއް ކުރާހިތް ނުވެ، ދެރަވުން. There’s no point in sitting at home and moping – get out there and find yourself another job.

moped

މޮއުޕެޑް. މޯޕެޑް. އިންޖީނުލީ ބައިސްކަލެއް.

moquette

މޮކެޓް. ނ. ދޫލަ ހެދުމަށާއި ސޯފާ ހެދުމަށް ބޭނުންކުރާ، ދިގު ކެހެރިތަކެއް ނުވަތަ މަޅިތަކެއް ނުކުމެފައި ހުންނަ ފޭރާމެއް.

moraine

މޮރޭން. ނ. ގަނޑުފެން ދެމޭ ކޯރުތަކުން ފައިބައި ފުނިޖެހޭ ތަކެތި.

moral

މޯރަލް. ނއ. 1. ރަނގަޅު ނުބަޔާ ބެހޭ އުސޫލުތަކަށް ނިސްބަތްވާ. އަޚްލާޤީ. އިންސާނާގެ ޠަބީޢަތުގެ ރަނގަޅު ކަންކަމާއި ނުބައިކަންކަމާ ބެހޭ. moral philosophy. 2. ޚުލްޤު ހެޔޮ. މޫރިތި. 3. އަޚްލާޤީ ހަމަތަކުން ދެނެގަނެވި އެގޮތަށް އުޅެވޭ. 4. ޤާނޫނީ ހަމަތަކާއި މަސްއޫލިއްޔަތަށް ވުރެ، މީހުން ރަނގަޅު ކަމަށް ފެންނަ ގޮތްތަކުގެ މައްޗަށް ބަރޯސާވާ. we had a moral obligation to help. 5. ނަފްސާނީ، ފިކުރީ. (ގަދަބަދަވިކަމެއް ނޫން). މ. moral courage, moral support ހިތްވަރު ދިނުމާއި ރުހުން. ތަރުޙީބާއި ތަޢުރީފު. —ނ. އަޚްލާޤީ ފިލާވަލު ނުވަތަ އުސޫލު. —ކއ. morally. moral certainty ޔަޤީންކަން ބޮޑުކަމުން ރީބައަށް، ޝައްކަށް ޖާގައެއް ނެތް. morals ނ. މީހެއްގެ އަޚްލާޤީ އާދަތައް، ޚާއްޞަކޮށް ޖިންސީ ކަންކަމުގައި ގެންގުޅޭ ހަމަތައް. moral victory އެއްވެސް މާއްދީ އެއްޗެއް ނުލިބުނަސް އަޚްލާޤީ ކާމިޔާބެއް.

morale

މޮރާލް. ނ. ބައެއްގެ މެދުގައި ނުވަތަ މީހެއްގެ ކިބައިގައި ކަމެއް ކުރުމަށް އޮންނަ އިތުބާރާއި ޖޯޝާއި ރޫޙް. (ފ) ރޫޙިއްޔަތު.

moralist

މޯރަލިސްޓް. ނ. އަޚްލާޤީ ހަމަތައް ބަޔާންކުރާ ނުވަތަ އެ ކިޔަވައިދޭ މީހެއް.

morality

މޮރަލިޓީ. މޮރެލިޓީ. ނ. 1. އަޚްލާޤީ އުސޫލުތަކާއި ހަމަތައް. (ޢ) އަޚްލާޤް. (އ) އަޚްލާޤިއްޔާތު. 2. ވަކި ބާވަތެއްގެ މި ހަމަތައް. މ. commercial morality. 3. އަޚްލާޤީ ހަމަތަކަށް ފެތޭ ފެތުން. I have to question the morality of forcing poor people to pay for their medical treatment.

moralize

މޮރަލައިޒް. ކ. އަޚްލާޤީ ކަންކަމާއި ހެޔޮ ސުލޫކާ މެދު، ވާހަކަދައްކައި ލިޔެއުޅުން.

morass

މޮރާސް. 1. ކިސަނޑުބިމެއް. އަޑިއަށް ގަނބާ ތަނެއް. 2. ކުރިއަށް ދާން ދަތި، ކަންތައްތައް ގިނަ، ހައްލުކުރަން އުނދަގޫ ކަމެއް.

moratorium

މޮރެޓޯރިއަމް. ނ. 1. އެއްބަސްވެފައިވާ މުއްދަތަކަށް ހަރަކާތްތައް ހުއްޓާލުން. މ. a five-year worldwide moratorium on nuclear weapons testing. 2. ދަރަނި ދެއްކުން މަޑުކޮށްލަން، ޤާނޫނީ ފަރާތަކުން އަންގާ އެންގުން.

morbid

މޯބިޑް. ނއ. 1. (ޚިޔާލާއި ފިކުރާ މެދު). 1. ރަނގަޅުނޫން، ހިތްގައިމުނޫން. ހިތްދަތި މާޔޫސްކުރުވާ.a morbid fascination with death 2. ބައްޔަކަށް ނިސްބަތްވާ. ބައްޔެއްގެ ސަބަބުން. ބަލިޖައްސުވާ. ދޮޅަހިނޫން. She had to have gastric bypass surgery to avoid dying from morbid obesity. ނއ. morbidly. ނ. morbidness. ނ. morbidity.

mordant

މޯޑަންޓް. ނއ. (ސަމާސާ އާ މެދު) ހެއްވާ ގޮތަކަށް، ކުށް ދެއްކުމުގައި އަނިޔާވެރި. a mordant remark.

more

މޯ. ނއ. 1. ގަދަ މިނުން، އަދަދުން ފަދަ ސިފައަކުން އެހެން މިންވަރަކަށް ވުރެ ބޮޑު. —ނ. އެހެން މިންވަރަކާ އަޅާބަލާއިރު، ބޮޑު. —ކއ. 1. ބޮޑު މިންވަރަކަށް. was more frightened than hurt. 2. އަލުން. once more. more or less ބޮޑު ނުވަތަ ކުޑަ މިންވަރަކަށް. ގާތްގަޑަކަށް.

morello

މޮރެލޯ. ނ. ހިތި ރަހަދޭ ކަޅު ޗެރީއެއް (ޖޭމެއް).

moreover

މޯއޯވަރ. ކއ. ބަޔާންކުރި ވާހަކަތަކުގެ އިތުރަށް. އޭގެ އިތުރުން.

morganatic

މޯގެނެޓިކް. ނއ. [އިނގިރޭސި ކައިވެނީގެ ބާވަތެއް] އަންހެން މީހާއަށް ވުރެ ފިރިހެން މީހާ ނަސަބުގެ ގޮތުން މޮޅު ކާވެންޏަށް ނިސްބަތްވާ. މިފަދަ ކައިވެނީގައި އަންހެން މީހާއަށާއި ދަރިންނަށް ބައްޕަގެ ލަޤަބެއް ވާރުތައެއް ނުވާނެއެވެ. އަދި ބައްޕަގެ މުދަލަކުން ވާރުތެއް ނުލިބޭނެއެވެ.

morgue

މޯގް. ނ. ބަލާ mortuary. އެ ލަފުޒާ އެއް މާނައެއް.

moribund

މޮރިބަންޑް. ނއ. މަރުވާން ކައިރިވެފައިވާ ޙާލަތެއްގައި. (ވިޔަފާރިއާއި މުއައްސަސާތަކާ މެދު) ހަރަކާތްތެރިކަން ނެތިފައި، ކާމިޔާބު ނޫން. How can the department be revived from its present moribund state?

Mormon

މޯމަން. ނ. 1830 ވަނަ އަހަރު ޔޫ.އެސް. ގައި އުފެދުނު ނަޞާރާ މަޒުހަބެއްގެ މެންބަރެއް. މި މަޒުހަބަށް ކިޔަނީ Church of Jesus Christ of Latter-day Saints.

morning

މޯނިން. ނ. 1. ހެނދުނުން ފެށިގެން މެންދުރު ވަގުތާ ދެމެދުގެ މުއްދަތް. 2. އިރު އެރުން. ފަތިސްވުން. މ. when morning broke. 3. (ނުރަސްމީ ބަހުރުވައިން ސަލާންގޮވުމަށް) = Good morning. morning after (ނުރަސްމީ ބަހުރުވައިން) ރޭގަނޑު ރާބުޔުމުން ދުވާލު ބޮލުގައި ރިހޭ ރިހުން. morning dress ފިރިހެނުން ހެނދުނު ލާ ރަސްމީ ހެދުން: ބޮލުގައި ތޮފި، ކޯޓުގެ ފަހަތް ދިގު، ފަޓުލޫނު. morning glory މެންދުރުފަހު ވަޅޯވާ ތާޅަފިލި މާ. morning star ފަތިސްވުމުގެ ކުރިން އިރުމަތިން ފެންނަ ގުރަހަ: ވީނަސް، ޒުހުރާ، ހުކުރު (ސިކުރު).

Morocco

މޮރޮކޯ. ނ. އުތުރު އެފްރިކާގައިވާ ޤައުމެއް. ނ. ނއ. Moroccan.

morocco

މޮރޮކޯ. ނ. ބަކަރިހަމުން ހަދާ ވަރަށް މަޑު ދިބާޣު ކުޅަ ހަމެއް. މީގެ ޙަޤީޤީ ނޫން މިފަދަ ތަކެތި.

moron

މޮރޯން. މޯރޯން. ނ. 1. ވަރަށް މޮޔަ މީހެއް. ހީނާޑި މީހެއް. Some moron smashed into the back of my car yesterday. 2. އުމުރުން 8-12 އަހަރާ ދެމެދުގެ ޢުމުރުގެ ކުއްޖެއްގެ ބުއްދި ހުންނަ ބޮޑު މީހެއް. ނއ. moronic.

morose

މޮރޯސް. ނއ. ވާހަކަ ދައްކަން ނުވަތަ ހިނިތުންވާން ބޭނުން ނުވެފައި. މީހުންނާ ގުޅާ ހިތް ނުވެ މޮޅިވެފައި. ހިތާމައިގައި. a morose expression. ކއ. morosely. ނ. moroseness.

morphia

މޯފިއާ. ނ. މޯފީން. (ތިރިބަލާ!)

morphine

މޯފީން. ނ. ތަދު ކަނޑުވަން އަފިހުނުން ހަދާ ބޭހެއް.

morris dance

މޮރިސް ޑާންސް. ނ. އިނގިރޭސިވިލާތުގެ ކުރީގެ ނެށުމެއް. މިއީ ގައިގައި ރިބަން އާއި ކުދި ރަނގަބީލު އައްސައިގެން ފިރިހެނުން ދަނޑިޖަހާ ގޮތަށް ނަށާ ނެށުމެކެވެ.

morrow

މޮރޯ. ނ. (ބޯދާ) މާދަމާ.

Morse

މޯސް. ނ. Morse Code ކުރު އަދި ދިގު އަޑުތައް ނުވަތަ އަލި ބޭނުންކޮށްގެން ދުރަށް މެސެޖު ފޮނުވާ ކޯޑެއް.

morsel

މޯސަލް. ނ. ކުޑަ އެތިކޮޅެއް. ކުޑަ މިންވަރެއް. ކުޑަ ކާއެތިކޮޅެއް. (ޢ) ލުޤްމާ. (ހ) ނިވާލަ.

mortal

މޯޓަލް. މޯޓްލް. ނ. ނއ. 1. އަބަދަށް ދިރި ނުހުންނަ. މަރުވާ. (ޢ) މުމީތު. (އ) ފާނީ. ފަނާވަނިވި. 2. މަރުގެންނަ. މަރާ. mortal wound އެ ޒަޚަމަކުން މަރުވާނެ ޒަޚަމެއް. 3. މަރާހަމައަށް ދިގުދެމިގެންދާ. mortal enemies މަރުދުވަހަށް ދެމިގެންދާ ހަތުރުވެރިން. 4. (ނުރަސްމީ ބަހުރުވައިން) ވަރަށް ފުން، ބޮޑު. މ. mortal fear މަރުވާ ފަދަ ބިރު. 5. (ނުރަސްމީ ބަހުރުވައިން) އެއްވެސް އެއްޗެއް ބާކީ ނުކޮށް. sold every mortal thing. —ނ. މަރުވާނެ ދިރުމެއް ނުވަތަ މީހެއް. އިންސާނެއް.

mortality

މޯޓަލިޓީ. ނ. 1. މަރުވުން ހިމެނޭ ހިމެނުން. ފަނާވެދިއުމުގެ ޙާލަތް. Her death made him more aware of his own mortality. 2. ގިނަ މަރުތަކެއް އެއްފަހަރާ ކުރިމަތިވާ ކުރިމަތިވުން. mortality rate މަރުވާ ރޭޓު. mortality tables އެކި ޢުމުރުގައި މީހުން މަރުވާ ނިސްބަތް އަންގައިދޭ ތާވަލު.

mortar

މޯޓަރ. ނ. 1. ވެއްޔާއި ފެނާއި އުވަ/ސިމެންތި އެއްކޮށް ގަށައިގެން ރޭނުމަށް ނުވަތަ ސިމެންތި/އުވަ ޖެހުމަށް ތައްޔާރުކުރާ ގެށި ސިމެންތި/އުވަ. 2. ހަރު އެއްޗަކުން ތަކެތި މުގުރަން ހަދާފައި ހުންނަ ކަންވާރެއް. ވަން. 3. އުންޑަ މައްޗަށް ދާ ގޮތަށް ހަދާފައި ހުންނަ ބޮޑު ބަޑިއެއް. —ކ. ސިމެންތި ނުވަތަ އުވަ ގެށުވި ބޭނުންކޮށްގެން ރޭނުން. mortar-board 1. ދަސްވެނިވާއިރު، ބޮލުގައި އަޅާ މަތި ފަތާ ތާކިހަލެއް. ފަތާކޮށް ތިރީގައި ހިފާނެ އަތްގަނޑެއް ލާފައި، އުވަ/ސިމެންތި ޖަހާއިރު ގެށި ސިމެންތި އަޅަން ގެންގުޅޭ ހަމަ ފިލާގަނޑެއް.

mortgage

މޯގިޖް. ކ. ލޯނެއް ނަގާއިރު، ނުވަތަ ލޯނެއް ދޭއިރު ރަހުނެއްގެ ގޮތުގައި، މުދަލެއް މިލްކުކުރުމުގެ ޙައްޤު ދިނުން. ރަހުނު. —ނ. 1. މިކަން ކުރާކުރުން. 2. މިކަމާ ބެހޭ އެއްބަސްވުން. މިފަދަ އެއްބަސްވުމެއްގެ ދަށުން ނަގާ ނުވަތަ ދޭ ލޯނުގެ މިންވަރު. mortgagee މޯގިޖީ. ލޯނު ދޭ ފަރާތް. mortgager, mortgagor މޯގިޖަރ. ލޯނު ނެގުމަށްޓަކައި އަމިއްލަ މުދަލެއް/ބިމެއް ފަދަ އެއްޗެއް އެހެން ފަރާތަކަށް މިލްކުކުރުމުގެ ޙައްޤު ދޭ ފަރާތް. ރަހުނު ދޭ ފަރާތް.

mortician

މޯޓިޝަން. ނ. ބޭރު ގައުމުތަކުގައި މީހަކު ވަޅުލުމުގެ ކުރިން އޭނާ ވަޅުލުމަށް ތައްޔާރުކުރާ ފަރާތް. މިކަމުގައި އޭނާ ރީތިކުރުމަށް އެކި ކަންކަން ކުރުމާއި، ވިހަ ބޭސް ޖަހައިގެން ކުނި ނުވާގޮތް ހެދުން ހިމެނެއެވެ.

mortify

މޯޓިފައި. ކ. (mortified, mortifying). 1. ވަރަށް ބޮޑަށް އިހާނަތްތެރިކޮށް ހިތައި ނިކަމެތި ކޮށްލުން. The thought of the incident still mortified her. 2. (ހަށިގަނޑުގައި ޖަހާފައިވާ މަހާ މެދު). ދިރުން ގޮސް ކަޅުވުން. ނ. mortification.

mortise

މޯޓިސް. ނ. ލަކުޑި އެއްޗެއްގައި އެހެން ލަކުޑިގަޑެއްގައިވާ ދުލެއް ވައްދައި ހިފެހެއްޓޭ ގޮތަށް ކަނޑާފައިވާ ލޯވަޅެއް. ކައްވާދު. —ކ. ކައްވާދު ކެނޑުން. ކައްވާދެއް ކަނޑައި ގުޅުވުން. mortise-lock ދޮރުފަތުގެ އެ ތެރޭގައި ވަޅުލެވިފައި ހުންނަ ތަޅު. މި ނޫންތަޅުތައް ދޮރުފަތުގެ މަތީގައި ހަރުކޮށްފައި ހުރެއެވެ.

mortuary

މޯޗުއަރީ. ނ. ވަޅުލުމުގެ ކުރިން ޤަބުރު ބާއްވާ ތަން. މި ޢިމާރާތް.

mosaic

މޮޒެއިކް. ނ. ތަފާތު ކުލަތަކުގެ ހިލަ ނުވަތަ ބިއްލޫރިކޮޅުތަކެއް އަތުރައި ތަތްކޮށްގެން ފާރުގައި ނުވަތަ ތަޅުމުގައި ފަރުމާކޮށްފައިވާ ކުރެހުމެއް.

Mosaic

މޮޒެއިކް. ނ. މޫސާގެފާނަށް ނުވަތަ އެކަލޭގެފާނުންގެ ރިސާލަތަށް ނިސްބަތްވާ. Mosaic Law.

Moscow

މޮސްކޯ. ނ. ރަޝާގެ ވެރިކަން ކުރާ ޝަހަރު.

Moselle

މޯޒެލް. ނ. ޖަރުމަނުގައި އުފައްދާ އަލިކޮށް ހުންނަ ބަނގުރަލެއް.

Moslem

މޮޒްލަމް. ނ. ކުރިން މުސްލިމުންނަށް އިނގިރޭސީން ކިޔާ ނަން.

mosque

މޮސްކް. ނ. މުސްލިމުން އަޅުކަން ކުރަން ބޭނުންކުރާ ގެ. މިސްކިތް.

mosquito

މޮސްކީޓޮ. ނ. އޭގެ އަންހެން އެތި ޖަނަވާރާއި އިންސާނުންގެ ލޭ ބޯ، ހަފައި ހުންނަ ކުޑަ ސުއިއްޕެއް. މަދިރި.

moss

މޮސް. ނ. ފިނިކަން ހުންނަ ގަލާއި ބިމާއި ފާރާއި ގަސްގަހުގެ ތޮށިގަނޑުގައި ހެދޭ ފެހިކުލައިގެ ވަރަށް ކުޑަކުޑަ މައުނާޅާ ގަހެއް. ފެހި. moss-rose ފިނިފެންމާ ގޮތަށް ހުންނަ ކުދި މަލެއް އަޅާ ތިރިކޮށް ހެދޭ ގަހެއް. މިގަހަށް ދިވެހީން ކިޔަނީ ޖަޕާނުރޯސް އެވެ. moss-stitch ފޭރާން ގެތުމުގައި ބޭނުންކުރާ ބާވަތެއް މަޅިއެއް.

mossy

މޮސީ. ނއ. (mossier, mossiest) ގަލުގައި ޖަހާ ފެއްސާ ވައްތަރު. ފެހިން ފަރުދާވެފައި.

most

މޮއުސްޓް. ނއ. އެއްޗެއްގެ ވަރުގަދަކަން، ހަރުކަން ފަދަ ސިފައެއް އެންމެ ގަދަ، ބޮޑު. —ނ. އެންމެ ބޮޑު މިންވަރު ނުވަތަ ޢަދަދު. —ކއ. 1. ވަރަށް. a most amusing book 2. އެންމެ ބޮޑަށް. at most / at the most އެންމެ ގިނަވެގެން. for the most part ގިނަ ޙާލަތްތަކުގައި، އެންމެ ބޮޑު މިންވަރުގައި. make the most of = އެންމެ މަންފާލިބޭގޮތަށް، ފައިދާ ކުރާނެ ގޮތަށް ބޭނުން ހިފުން. އެންމެ ގެއްލުން ވާގޮތަށް ނުވަތަ އެންމެ ރަނގަޅުގޮތަށް ހުށަހެޅުން.

mostly

މޮއުސްޓްލީ. މޯސްޓްލި. ނއ. އެންމެ ގިނައިން/ބޮޑަށް.

motel

މޯޓެލް. ނ. ބައްރު ބޮޑެތި ޤައުމުތަކުގައި، ދަތުރުވެރީންނަށް ކާރު ޕާކުކުރެވޭ ތަނަކާއެކު ހުންނަ ކުލީ ކޮޓަރިބަރިއެއް ނުވަތަ ހޮޓަލް އެއް.

moth

މޮތް. (ތ ސުކުން ކިޔާނީ ފިއްތި އަޑުން). 1. ކޮކާލާ ވައްތަރުގެ ރޭނގަޑު އުދުހޭ ސުއިއްޕެއް. ބަޅިނދު. 2. މިގޮތަށް ހުންނަ، ފޭރާމަށް ބިސްއަޅާ ސުއިއްޕެއް. mothball ބައެއް ދިރުން ހުންނަ ތަކެތި ފޮރުވާފައި ހުންނަ ހެދުމާ ގާތް ވިޔަ ނުދިނުމަށް ބޭނުންކުރާ ނުބައި ވަސްދުވާ ކުދި ބޯޅަ. ކަރުބޮލަކު. in mothballs ބޭނުން ނުކޮށް ގިނަ ޒަމާނަކަށް ރައްކާތެރިކޮށްފައި. moth-eaten ނއ. (ފޭރާމަށް ނިސްބަތްކޮށް) ސުއިއްޕެއް ގެއްލުން ދީފައި، ކުރަފި ކައިފައި. ވަރަށް ބާވެފައި.

mother

މަދަރ. ނ. 1. އަންހެން ބެލެނިވެރިޔާ. މަންމަ. 2. އެހެން ކަމެއް ވުމަށް މެދުވެރިވާ ޙާލަތެއް ނުވަތަ ސިފައެއް. މ. necessity is the mother of invention ޒަރޫރަތަކީ އީޖާދުތަކުގެ މަންމައެވެ = ތަކެތި އީޖާދުކުރަނީ ޒަރޫރަތެވެ. އެއަށް ބޭނުން ޖެހުމެވެ. 3. ދީނީ އަންހެން ޖަމާޢަތެއްގެ އިސްދާނު އަންހެނާ. މ. Mother Superior. 4. (ނުރަސްމީ ބަހުރުވައިން) މުސްކުޅި އަންހެނެއްގެ ލަޤަބު. 5. ކުކުޅުނެތި ބިސްފީކޮށް ފިޔޮށް ބޮޑުކުރުމަށް ހޫނު އުފައްދާ އާލަތެއް. —ކ. މަންމަ ބަލާގޮތަށް ވަރަށް އޯގާތެރިކޮށް މީހަކާ ދޭތެރޭ ކަންތައްތައް ކުރުން. ނ. motherhood. mother country އެ ޤައުމުގެ ދަށުގައިވާ ކޮލޮނީތަކުގެ މިލްކުވެރިކަން ހޯދައިގެން އުޅޭ ޤައުމު. Mothering Sunday އިނގިރޭސި ވިލާތުގައި މަންމަމެން ކައިރިން ވަކިވެގެން ގޮސް މަސައްކަތުގައި އުޅޭ އަންހެން ކުދީން އެ ކުދީންގެ މަންމައާ ބައްދަލުކުރުމަށް ވަޒީފާދިން ފަރާތުން ޗުއްޓީ ދޭ އާދީއްތަ ދުވަހެއް. މި ދުވަސް އަންނަނީ އަހަރުގެ ކުރީކޮޅުގައެވެ. މި ދުވަހު މަންމައަށް އެ ކުދީން ހަދިޔާއެއް ދެއެވެ. mother-in-law މައިދައިތަ. mother-in-law’s tongue ފަތްތައް ތެދުކޮށް ހުންނަ ގަހެއް. މިގަހަށް ފަހަކަށް އައިސް ސްނޭކް ޕްލާންޓް ވެސް ކިޔައެވެ. mother-of-pearl ބައެއް ރިނދަލި އަދި އިތާގެ އެތެރޭ ފަރާތުގައި ހުންނަ އެކި ކުލައަރާ ބައި. Mother’s Day މަންމަގެ ދުވަހުގެ ގޮތުގައި ޔޫ.އެސް. ގައި ފާހަގަކުރާ ދުވަހެއް. mother tongue މީހެއްގެ މާދަރީ ބަސް.

mothercraft

މަދަރކްރާފްޓް. ނ. ދަރިން ބެލުމުގެ ހުނަރު.

motherland

މަދަރލަންޑް. ނ. އުފަން ރަށް، ޤައުމު.

motherless

މަދަރލަސް. ނއ.މަންމަ މަރުވެފައިވާ.

motherly

މަދަރލީ. ނއ. މަންމަ ފަދަ. މަންމައެއްގެ އަޅާލުންތެރިކަން ދޭ. ނ. motherliness.

motif

މޮއުޓީފް. މޯޓީފް. ނ. 1. އަދަބީ ނުވަތަ ފަންނީ އުފެއްދުމެއްގައި ތަކުރާރުވާ ކަމެއް، ފަރުމާއެއް.(ސ) މޮސްތަރަ. 2. މިޔުޒިކެއްގައި ހިމެނޭ ތަކުރާރުވާ ރާގެއް. 3. ހެދުމެއްގައި ފަހައިގެން ހަރުކޮށްފައިވާ މަލެއް، ފަރުމާއެއް.

motion

މޮއުޝަން. މޯޝަން. ނ. 1. ހުރިތަން ބަދަލުވުން. ހަރަކާތްކުރުން. 2. ހަރަކާތް ކުރާ ގޮތް. 3. ވަކި ހަރަކާތެއް. 4. ޖަލްސާއެއްގައި ބަހުސްކޮށް ގޮތެއް ނިންމުމަށް ހުށަހަޅާ ރަސްމީ ހުށަހެޅުމެއް. 5. ބޮޑުކަމު ދިއުން. —ކ. ހަރަކާތެއް ކުރުމަށް އެންގުމަށް އިޝާރާތެއް ކުރުން. motioned him to sit beside her. go through the motions ކަމެއް އިޚްލާޞްތެރިކަމެއް ނެތް ގޮތެއްގައި ކުރުން. އެކަމެއް ކުރަން ބޭނުން ނުވެ އެކަމުގެ ހަރަކާތްތައް ހިންގުން. in motion ހަރާކާތުގައިވާ. ދުވާ. ހުއްޓިފައެއް ނޫން. motion picture ބައިސްކޯފު ފިލްމު.

motionless

މޮއުޝަންލަސް. ނއ. ޙަރަކާތްނުކުރާ. ހުއްޓިފައި. The horse lay motionless on the ground, as if dead.

motivate

މޮއުޓިވެއިޓް. މޯޓިވޭޓް. ކ. 1. ވާގިދިނުން. ކަމެއް ކުރުމަށް ސަބަބަކަށްވުން. ކުރާހިތް ޖެއްސުން. she was motivated by kindness އެކަބުލޭގެ އެކަމެއް ކުރީ އޯގާތެރިވުމުގެ ގޮތުންނެވެ. 2. ޝައުޤުވެރިކަން އުފެއްދުން. އިލްހާމަކަށް ވުން. ނ. motivation. motivated (މޮއުޓިވެއިޓިޑް) ނއ. ކަމެއް ކުރުމަށް ފައްސި އެދުންވެރިކަމެއް ހުރި. ޖޯޝް ހުރި، ފޯރިހުރި. ކުރާ ހިތްޖެހިފައި.

motive

މޮއުޓިވް. ނ. 1. ކަމެއް ކުރުމަށް ބޭނުންވާ ސަބަބު. ނިޔަތް. Why would she have killed him? She has no motive. ހަރަކާތެއް ކުރުމަށް ނުވަތަ ޢަމަލެއް ކުރުމަށް މެދުވެރިވާ ބާރު، ވާގި. މީހަކު ވަކި ގޮތަކަށް ކަމެއް ކުރުމަށް މެދުވެރިވާ ސަބަބު. —ނއ. ހަރަކާތް ގެނުވާ، ހަރަކާތް ކުރުވާ. motive power މެޝިނެއް ހަރަކާތް ކުރުވާ ބާރު.

motley

މޮޓްލީ. ނއ. 1. ތަފާތު ކުލައިގެ. 2. ނުގުޅޭ އެތައް ވައްތަރުތަކެއް ހިމެނޭ. a motley collection. There’s a motley assortment/collection of old furniture in the house.

motor

މޮއުޓަރ. ނ. 1. އެއްޗެއް ހިނގުމަށް، ދުއްވުމަށް ހަރަކާތްކޮށްގެން ބާރުދޭ މެޝިން. ކާރެއްގެ އިންޖީނު. މޯޓަރު. މޮޓަރު. 2. ކާރު. —ނއ. 1. ހުރިތަނުން އެހެން ތަނަކަށް ގެންދިއުމަށް ބާރު އުފައްދާ. ޙަރަކާތްކުރުމަށް ބާރު އުފައްދާ. motor nerves ސިކުނޑިން މަސްތައް ހަރަކާތްކުރުވުމަށް ސިގްނަލް ފޮނުވާ ނާރުތައް. 2. މޯޓަރަކުން ހިނގާ. motor boat. 3. ކާރު ފަދަ އުޅަނދުތަކަށް ނިސްބަތްވާ. އެތަކެތީގެ. މ. motor show. —ކ. ކާރެއްގައި ދިއުން ނުވަތަ ކާރެއްގައި ފުރާތަކޮށްދިނުން. motor bike (ނުރަސްމީ ބަހުރުވައިން) މޮޓަރ ސައިކަލް. motor car ފަސިންޖަރުންނާއި ދުއްވާ މީހާ އާ އެކު ދަތުރުކުރެވޭ މޮޓަރ އެއް ހިމެނޭ ކުރު އެއްގަމު އުޅަނދެއް. ކާރު. motor cycle އިންޖީނެއްގެ ބާރުގައި ދުވާ ދެ ފުރޮޅުލީ އުޅަނދެއް. motor-cyclist މޮޓަރސައިކަލެއް ދުއްވާ މީހާ. motor vehicle އާދައިގެ މަގުތަކުގައި ދުއްވާ މޮޓަރ އިންޖީނެއް ހިމެނޭ އުޅަނދެއް.

motorcade

މޮއުޓަކެއިޑް. ނ. ރަސްމިއްޔާތެއްގައި ނުވަތަ އެހެން ކަމެއްގައި މުހިއްމު މީހަކު ހިމެނޭ ކާރަކާ އެކު ދަތުރުކުރަމުންދާ ކާރާއި އެހެން ބާވަތުގެ އެއްގަމު އުޅަނދުތަކުގެ ފައްޗެއް.

motorist

މޮއުޓަރިސްޓް. ނ. ކާރެއް ދުއްވަން އިންނަ މީހާ.

motorize

މޮއުޓަރައިޒް. ކ. 1. ބާރުދިނުމަށް މޯޓަރެއް ގުޅުން ނުވަތަ ހިމެނުން. 2. އަސްކަރީން މައިދާނުގައި ދަތުރުކުރުމަށް އެމީހުންނަށް ހަނގުރާމަ މަތީ އުޅަނދު ދިނުން.

motorway

މޮއުޓަރވެއި. ނ. ބާރަށް ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައި ހުންނަ އެންގަމު އުޅަނދު ދުއްވާ މަގު.

mottled

މޮޓްލްޑް. ނއ. ލައް ހުރި. އެކިކުލައިގެ އެކި ވަރުގެ ލައް ޖަހާފައިވާ. މ. mottled skin.

motto

މޯޓޮ. މޮއުޓޯ. މޮޓޯ. ނ. ޢަޒުމް، އުއްމީދު، ތަޞައްވުރު، އަޚްލާޤު ފަދަ ކަމެއް ހާމަކުރުމުގެ ގޮތުން، އާއިލާއަކުން، ޤައުމަކުން، މުއައްސަސާއަކުން ފަދަ ތަނަކުން ބޭނުންކުރާ ކުރު ޖުމުލައެއް ނުވަތަ ޢިބާރާތެއް. ޝިޢާރު. (އ) ނަޢުރާ.

mould

މޯލްޑް. ނ. (ޔޫ.އެސް. mold) 1. އެކި ސިފަތަކަށް ތަކެތި ހެދުމަށް، ވިރުވާފައި ހުރި މަޢުދަނެއް ނުވަތަ އަވަހަށް ހަރުވާ ދިޔައެއް އަޅާ އެތެރެ ހުސްކަންވާރެއް. ތައްގަނޑު. 2. މިފަދަ ބާވަތެއްގެ އެއްޗެއްގައި އަޅާ ކުޑަ ކޭކެއް. —ކ. 1. ތައްގަނޑަކަށް އެޅުން. 2. އެއްޗެއް އުފެދި އަންނަ ގޮތް ހާނުވައި ކޮންޓްރޯލްކުރުން. mould a person’s character.

mould

މޯލްޑް. ނ. (ޔޫ.އެސް. (mold ތެތް އަދި ހޫނު ތަނުގައި ޖަހާ ފޫ.

mould

މޯލްޑް. ނ. (ޔޫ.އެސް. mold) ދޫކޮށް ހުންނަ ކަނާދު ގިނަ ވެލި. މ. ފީވެފައިވާ ފަތާއެކު ހުންނަ ޕޯރާގެ ގޮތުގައި ބޭނުންކުރެވޭ ވެލި.

moulder

މޯލްޑަރ ނ. (ޔޫ.އެސް. molder) 1. ތައްގަނޑު ބޭނުންކޮށްގެން ތަކެތި ހަދާ މީހާ. 2. ތައްގަނޑު ހަދާ މީހާ.

moulder

މޯލްޑަރ. ކ. (ޔޫ.އެސް. molder) 1. ފީވެ ވެއްޔަށް ވެގެން ދިއުން.

moulding

މޯލްޑިން. ނ. (ޔޫ.އެސް. molding) 1. ތައްގަނޑަކުން ހަދާފައިވާ އެއްޗެއް. 2. ގަލާއި ރޭނުމާއި ވަޑިކަމުގެ މަސައްކަތުގައި ޒީނަތަކަށް ބޭރަށް ނުކުންނަގޮތަށް ފޮފަނަގާފައި ހުންނަ ފަތި، ގައު، ފަދަ އެއްޗެއް.

mouldy

މޯލްޑި. ނއ. (ޔޫ.އެސް. moldy) 1. ފޫ ޖަހާފައި. 2. ފުލުގެ ވަސް ހުންނަ.

moult

މޯލްޓް. ކ. (މި ލަފުޒު molt މިގޮތަށް ޔޫ.އެސް.ގައި ލިއެއެވެ.) (ދޫންޏާއި، ހަޝަރާއާއި ޖަނަވާރާ މެދު) އަލުން އާ ތަކެތި އުފެދުމުގެ ކުރީން، ހުރި ފަތް، އިސްތަށި، ދުލި ބޭލުން. ކަކުނި ފަދަ ތަކެތީގެ ތޮށިގަނޑު ބޭލުން. ނަންނުގަތީގެ ދުލި ބޭލުން. —ނ. މިހެން ވުމުގެ ޢަމަލު.

mound

މައުންޑް. ނ. ވެލި، ގައު ފަދަ އެއްޗެއްގެ ފުންޏެއް. ބިންގަނޑު އުސްވެފައިވާ ތަނެއް.

mount

މައުންޓް. ނ. ފަރުބަދައެއް ނުވަތަ އެއަށް ވުރެ ތިރި އެފަދަ އެއްޗެއް. މ. Mount Everest.

mount

މައުންޓް. ކ. 1. މައްޗަށް އެރުން. އުހަށް ދިއުން. 2. ސަވާރުވުން މ. އަހަކަށް. ދަތުރުކުރާނޭ ސަވާރީއެއް ދިނުން. 3. އަދަދުގެ ގޮތުން، ސައިޒުގެ ގޮތުން، މަތިވުން. ނ. the death toll mounted. 4. ދެއްކުމަށް، ހާމަކުރުމަށް، ބެލުމަށް، އެއްޗެއްގައި ހަރުކުރުން. މ. ސްޓޭމްޕް އަލްބަމެއްގައި ސްޓޭމްޕް. 5. ޢަމަލުކުރުމަށް ފެށުން. ހަރަކާތެއް ފެށުން. މ. mount an offensive ތައްޔާރުވެ ހަމަލާ ފެށުން. 6. ފޯރިމަރަން ހަމަޖެއްސުން. މ. mount sentries round the palace, mount guard over it ފާރަވެރިވެ ބެލުން. —ނ. 1. ދުއްވުމަށް ބޭނުންކުރާ އަސް. 2. ހާމަކުރުމަށް، ދެއްކުމަށް އެއްޗެއް ހަރުކުރާ އެތި. މ. ގިޔުގަނޑެއް. mounted ނއ. އަހަށް ސަވާރުވެގެން ތިބި. mounted police.

mountain

މައުންޓިން. ނ. 1. ގާތްގަޑަކަށް 1000 ފޫޓަށް ވުރެ އުސްކޮށް ވެލިފުނިގޮތަށް ހުންނަ ހިލަ ބިންގަނޑު. ފަރުބަދަ. 2. ބައިވަރު ތަކެތި. ފުންޏެއް. 3. ނުވިކި ހުރި ބައިވަރު މުދައު. މ. the butter mountain. mountain ash އުސް ހިސާބުގަނޑުގައި ހެދޭ ގަހެއް.

mountaineer

މައުންޓިނިއަރ. ނ. ކުޅިވަރެއްގެ ގޮތުގައި ފަރުބަދަ މައްޗަށް ހިނގާފައި އަރާ މީހެއް. މިކަމުގެ ހުނަރުވެރިއެއް. ނ. mountaineering މި ކުޅިވަރު.

mountainous

މައުންޓިނަސް. ނއ. 1. ފަރުބަދަ ގިނަ. ފަރުބަދައިން ފުރިފައިވާ. 2. ވަރަށް ބިޔަ.

mountebank

މައުންޓިބޭންކް. ނ. މީހުންނަށް އޮޅުވާލައި މަކަރު ހަދާ މީހެއް. ޓެކުމުގެ ވެރިއެއް.

Mountie

މައުންޓީ. ނ. (ނުރަސްމީ ބަހުރުވައިން) ކެނެޑާގައި އަސްމަތީ ތިބޭ ފުލުހެއް.

mourn

މޯން. ނ. 1. މަރުވި މީހެއްގެ މައްޗަށް ހިތާމަކުރުން. 2. މާޒީގައި ހިނގާދިޔަ ކަމަކަށް ނުވަތަ ގެއްލުނު އެއްޗަކާމެދު ދެރަވެ ހިތާމަކުރުން. They mourned the passing of an older, simpler way of life. ނ. mourner ޖަނާޒާގައި ބައިވެރިވާ މީހެއް. މަރުވި މީހެއްގެ މައްޗަށް ހިތާމަކުރާ މީހެއް.

mournful

މޯންފުލް. ނއ. މޮޅިވެރި. ހިތާމަ ފެންނަ/ހާމަވާ. a mournful expression. ކއ. mournfully. ނ. mournfulness.

mourning

މޯނިން. ނ. މީހެއްގެ މަރާ ގުޅިގެން ބޭރު ޤައުމުތަކުގެ އާދައެއްގެ ގޮތުގައި ލައިއުޅޭ ކަޅުހެދުން.

moussaka

މޫސާކަ. ނ. ގްރީސްގައި ކައްކާ ކާނާއެއް. މި ހުންނަނީ ފަށަލަތަކަކަށެވެ. ތުނި ގެރިމަސް ފަށަލައަކާ ޖެހިގެން ބަށި ފަށަލައެއް ދެން އެންމެ މައްޗަށް ޕަނީރު އަޅާފައެވެ.

mouse

މައުސް. ނ. (ގިނަ ނަމަ mice). 1. ކުދި މީދާ. ދިގު ނިގުލެއް ލާފައި ހުންނަ މީދަލަށް ވުރެ ކުޑަ ޖަނަވާރެއް. 2. ލަދުވެތި ޖެހިލުންވާ މީހެއް. mouse-coloured ނއ. މީދަލުގެ ކުލަ.

mouser

މައުސަރ. ނ. ކުދި މީދާ ހިފަން ގެންގުޅޭ ބުޅަލެއް.

mousetrap

މައުސްޓްރެޕް. ނ. 1. ކުދި މީދާ ހިފާ ދަތި. 2. (ނުރަސްމީ ބަހުން) މީރުނޫން ޕަނީރު.

mousing

މައުސިން. ނ. ޝިކާރަކުރާ މީދާ.

mousse

މޫސް. ނ. 1. ޗޮކްލެޓުން ނުވަތަ މޭވާއިން ރަހަ ލައްވާފައި ހުންނަ ކްރީމުން ހަދާ ކާނާއެއް. 2. މުގުރި މަސް ކްރީމްއާ އެއްކޮށް ތައްގަނޑަކަށް އަޅައިގެން ހަދާ ކާނާއެއް.

mousseline

މޫސްލިން. ނ. ހެދުން ފަހަން ގެންގުޅޭ މަޑު ލުއި ފޮއްޗެއް.

moustache

މުސްޓާޝް. ނ. މަތީ ތުންފަތް މަތީގައި ހުންނަ އިސްތަށި. މަތިމަސް.

mousy

މައުސީ. ނ. 1. ކުދި މީދާ ކުލައިގެ. 2. މަޑުމައިތިރި، ލަދުވެތި ނުވަތަ ޖެހިލުންވާ.

mouth

މައުތް (ތ ސުކުން ކިޔާނީ ފިއްތިއަޑުން) ނ. 1. ޖަނަވާރެއްގެ ހަށިގަނޑުގެ ތެރެއަށް ކާތަކެތި ވައްދާ ތަން. އަނގަ. 2. (ނުރަސްމީ ބަހުރުވައިން) ގިނައިން ވާހަކަ ދައްކާ މީހެއް. ގޮތެއްފޮތެއް ނެތްކަން (ޚާއްޞަކޮށް ދޮށީ މީހުންނަށް އިޙްތިރާމް ނުކޮށް ބޭއަދަބީކޮށް ހިތާ ހިތުން.) 3. ދަބަހެއް، ކޮތަޅެއް، ހޮހޮޅައެއް، ބަޑިއެއް، ދުންމާރިއެއް ފަދަ އެއްޗެއްގެ އަނގަމަތި. 4. ކޯރެއް ކަނޑަށް ފައިބާ ތަން. —keep one’s mouth shut (ނުރަސްމީ ބަހުރުވައިން) ސިއްރެއް ފައުޅުކުރުމުން އެއްކިބާވުން. mouth-watering ނއ. އަނގަ ދިޔާވާ. ވަރަށް ކާހިތްވާ. out of a person’s own mouth އޭނާގެ އަމިއްލަ އަނގަބަހުން. put words into a person’s mouth ދައްކާނޭ ވާހަކަ މީހަކަށް ކިޔައިދިނުން. މީހަކު އެހެން ބުނިކަމަށް ހުށަހެޅުން. take words out of a person’s mouth މީހަކު ބުނަން އުޅޭ އެއްޗެއް އޭނާއަށް ވުރެ ކުރިން ބުނުން.

mouth

މައުތް (ތ ސުކުން ކިޔާނީ ފިއްތިއަޑުން) ކ. 1. ބަސް ބުނަމުންދާ ގޮތަށް ތުންފަތް ހަރަކާތްކުރުން. 2. ގޮތްބޮޑުކޮށްގެން ހަރުދަނާކަމާއެކު ދެއްކުންތެރިގޮތަކަށް ވާހަކަ ދެއްކުން.

mouthful

މައުތްފުލް. (ތ ސުކުން ކިޔާނީ ފިއްތިއަޑުން) ނ. 1. އެއްފަހަރުމަތިން އަނގަޔަށް ލެވޭ މިންވަރު. 2. ކާތަކެތި ފަދަ އެއްޗެއްގެ ކުޑަ މިންވަރެއް. 3. ކިޔަން އުނދަގޫ ދިގު ލަފުޒެއް ނުވަތަ ޢިބާރާތެއް. 4. (ޔޫ.އެސް. ބަހުރުވައިން) މުހިއްމު ވާހަކައެއް. you have said a mouthful.

mouth-organ

މައުތް-އޯގަން. (ތ ސުކުން ކިޔާނީ ފިއްތިއަޑުން) ނ. އަނގަމަތީ ޖައްސައިގެން ނޭވާ އެތެރެއަށް ނުވަތަ ބޭރަށް ފޮނުވަމުން، މިޔުޒިކު ކުޅެވޭ ހަތަރެސްކަން ކުޑަ އާލަތެއް.

mouthpiece

މައުތްޕީސް. (ތ ސުކުން ކިޔާނީ ފިއްތިއަޑުން) ނ. ދުންމާރި ފަދަ އަނގައިން ފުމެ ހަދާ ތަކެތީގެ ތުންފަތުގައި ޖައްސާ ބައި.

mouthwash

މައުތުވޮޝް. (ތ ސުކުން ކިޔާނީ ފިއްތިއަޑުން) ނ. އަނގަ ސާފުކުރުމަށް ބޭނުންކުރާ ޚާއްޞަ ދިޔައެއް.

movable

މޫވަބްލް. ނއ. ތަންތަނަށް ގެންދެވޭ. ގުޑުވޭ. movable feast އެކި އަހަރު އެކި ދުވަހު އޮންނަ ޖާފަތެއް މ. މީލާދީ ގޮތުން ބަލާނަމަ، ޢީދު ދުވަސް. movables މުދަލުގެ ތެރެއިން ހަރުކޮށްފައި ނުވާ ތަންތަނަށް ގެންދެވޭ ތަކެތި. ހިފާ ގެންގުޅޭ، އުފުލޭ ތަކެތި.

move

މޫވް. ކ. 1. ހުރި ގޮތް، ހުރި ތަން ނުވަތަ ހުރި މަޤާމު ބަދަލުކުރުން ނުވަތަ ބަދަލުވުން. ގުޑުން، ގުޑުވުން. ހިރުން، ހިރުވުން. ހަރަކާތް ކުރުން، ހަރަކާތްކުރުވުން. ހެލުން، ހެލުވުން. 2. ހަރަކާތެއް ކުރުމުގައި ވުން ނުވަތަ މިހެން ހެދުން. 3. ދިރިއުޅޭ ގެއިން އެހެން ގެއަކަށް ބަދަލުވުން. 4. ބޮޑުކަމު ދިއުން. ބޮޑުކަމުދާގޮތް ހެދުން. 5. (މަސައްކަތެއް ފަދަކަމެއް) ކުރިއަށް ދިއުން. the work moves slowly = މަސައްކަތް ކުރިއަށް ދަނީ ލަހުން. 6. ރާޒުވާގައި ކުޅިއެއް އެއް ގޮޅިން އަނެއް ގޮޅިއަށް ގެންދިއުން. ކުޅިއެއް ކުޅުން. 7. މީހެއްގެ ފަރާތުން ޝުޢޫރެއް ނުވަތަ ހަރަކާތެއް ފެންނަ ގޮތް ހެދުން. ވަރުގަދަ ޝުޢޫރުތަކެއް (މ. ހިތާމަ، އުފާ، ސަހަރޯވެރިކަން، ތަޢުރީފު) މީހެއްގެ ޠަބީޢަތަށް ވެރިވާގޮތް ވުން ނުވަތަ ހެދުން. moved her to laughter. felt very moved = ވަރަށް ބޮޑަށް އަސަރުކުރުން.It was such a sad film that it moved him to tears (= made him cry). 8. ހަރަކާތެއް، ޢަމަލެއް ކުރުމަށް ބާރަކަށްވުން what moved them to invite us = އަހުރެމެންނަށް އެމީހުން ދަޢުވަތުދޭން ބާރުއެޅީ ކޮން ކަމެއް ހެއްޔެވެ؟ he works as the spirit moves him = އޭނާ މަސައްކަތް ކުރަނީ އޭނާ ބޭނުންވީމައެވެ. 9. ޖަލްސާއެއްގައި ބަހުސްކޮށް ގޮތެއް ނިންމުމަށް ރަސްމީކޮށް ހުށަހެޅުން. 10. ހަރަކާތެއް، ޢަމަލެއް ފެށުން. unless the employers move quickly, there will be a strike. 11. ޖަމާޢަތެއްގެ ތެރޭގައި އުޅުން ނުވަތަ އެ ޖަމާޢަތުގެ ތެރޭގައި ހަރަކާތްތެރިވުން. she moves in the best circles. —ނ. އެއްޗެއް ހަރަކާތް ކުރާ ހަރަކާތް ކުރުން. މިކަމުގެ ޢަމަލު. 2. ރާޒުވާގައި ކުޅިއެއް ގޮނޑީގެ އެއްގެއިން އަނެއް ގެއަށް ގެންދާ ގެންދިއުން. ކުޅުންތެރިއަކަށް މިކަން ކުރަން ލިބޭ ފުރުޞަތު. 3. ވަކި މަޤްޞަދެއް ޙާޞިލްކުރުމަށް، ރާވައިގެން ކުރާ ކަމެއް. a move towards settling the dispute. —mover ނ. get a move on (ނުރަސްމީ ބަހުރުވައިން) އަވަސްކުރުން. move in ގެއެއް ފަދަ ވާސައަކަށް ފުރަތަމަ ފަހަރަށް ދިރިއުޅެން ވަނުން. move over/up އެހެން އެއްޗަކަށް ޖާގަ ހެދުމުގެ ގޮތުން އެއްޗެއް އެއްފަރާތް ކުރުން ނުވަތަ އެއްފަރާތަށް ޖެއްސުން. on the move އެއް ތަނުން އަނެއް ތަނަށް ދިއުން. ކުރިއަރަމުން ދިއުން. the economy appeared to be on the move.

movement

މޫވްމަންޓް. ނ. 1. ހަރަކާތްކުރާ ކުރުން. ގުޑަމުން، ހަރަކާތް ކުރަމުންދާ. 2. ޢަމަލެއް. ހަރަކާތެއް. ތަޙްރީކް. 3. އެއްޗެއްގެ ހިނގާބައި. މ. ގަނޑިއެއްގެ ސޯބުތައް ހުންނަ ބައި. 4. ޖަމާޢަތަކުން ވަކި މަޤްޞަދެއްގައި ހިންގާ ހަރަކާތްތަކެއް. ތަޙްރީކް. މި ކަންކަން ހިންގާ ޖަމާޢަތް. 5. ފެޝަނުގެ ނުވަތަ އެހެންވެސް ކަމެއްގެ އޮއިވަރެއް. މ. the movement towards more casual styles in fashion. 6. ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތައް. މ. the movement in stocks and shares އަގު މައްޗަށް އަރައި ތިރިވުން. 7. ދިގު މިޔުޒިކެއްގައި، ހިމެނޭ ބޮޑު ބައިތަކުގެ ތެރެއިން ބައެއް.

movie

މޫވީ. ނ. (މި ލަފުޒު ބޭނުންކުރަނީ އެމެރިކާގައި.) ސިނަމާގައި ދައްކާ ފިލްމު. ވީޑިއޯ ފިލްމު.

moving

މޫވިން. ނއ. އަސަރުކުރުވާ. a very moving story. a moving pavement ހިނގުމަށް ލުޔަކަށް އިލެކްޓްރިކުން ދުވާ ރަހަކޮށް ހުންނަ މަޅުތަކެއް. މި ގިނައިން ހުންނަނީ އެއަރޕޯޓްތަކުގައެވެ. moving picture ބައިސްކޯފު ފިލްމު. moving staircase އިލެކްޓްރިކުން ހިންގާ ސިޑި.

mow

މޮއު. މޯ. ކ. (mowed, mown, mowing) ވިނަ ފަދަ ތަކެތި ކުރުކޮށް ކޮށުން. mow the lawn. mow down ދިރުން ހުރި އެއްޗެއް ނުވަތަ ގިނަ އެއްޗެތިތަކެއް މަރައިލުން. މ. ދުއްވާފައިދާ ކާރަކުން ޖައްސައި. mower ނ. ވިނަ ކޮށާ މީހެއް ނުވަތަ މެޝިނެއް.

Mozambique

މޮޒަމްބީކް. ނ. އެފްރިކާގެ އެންމެ އުތުރުގައިވާ ޤައުމެއް. ނ. Mozambican.

MP

ކުރުކޮށް Member of Parliament.

m.p.h.

ކުރުކޮށް miles per hour.

Mr

މިސްޓަރ. ނ. ފިރިހެނުންގެ ނަމުގެ ކުރީގައި ހިމަނާ ލަޤަބެއް. މިއީ ރާއްޖޭގައި އަލްފާޟިލް ނުވަތަ އަލްމުޙްތަރަމް ކިޔާ ގޮތަށް ހަމަ ކޮންމެ ފިރިހެނަކަށް ބޭނުންކުރާ ލަފުޒެކެވެ. ގިނަ ފިރިހެނުންނަމަ ބޭނުންކުރަނީ Messrs.

Mrs

މިސިޒް. ނ. ހުސްހަށިބައި ނޫން އަންހެނުންގެ ނަމުގެ ކުރީގައި ހިމަނާ ލަޤަބެއް.

Ms

މިޒް. ނ. އަންހެނުންގެ ކައިވެނީގެ ރޮނގު ހާމަނުވާ ގޮތަށް ހުސްހަށިބައި އަންހެނުންނާއި މީހުންނާ އިނދެގެން އުޅޭ އަންހެނުންނަށް ބޭނުންކުރާ ލަޤަބެއް.

MS

ކުރުކޮށް Manuscript ޗާޕުކުރާ ނުވަތަ ޗާޕުކޮށްފައިވާ ފޮތެއްގެ އަތުން ލިޔެފައިވާ ނުވަތަ ޓައިޕްކޮށްފައިވާ ކޮޕީ. އަތުލިޔުމެއް.

Mt

ކުރުކޮށް Mount. ފަރުބަދައެއްގެ ނަމުގެ ކުރީގައި ހިމަނާ ލަފުޒެއް.

much

މަޗް. ނއ. ގިނައިން ހުރި. —ނ. ވަރަށް ގިނަ މިންވަރެއް. —ކއ. 1. ވަރަށް މަތީ ދަރަޖައަކަށް. much to my surprise. 2. ގާތްގަޑަކަށް. much the same. — much as އެހެނަސް. އެހެންވިޔަސް. I cannot go, much as I should like to. I though as much އަހުރެން ހީކުރީވެސް އެހެން. much of a muchness ވަރަށް އެއްގޮތް. ގާތްގަޑަކަށް އެކައްޗެއްހާ ވައްތަރު. not much (ނުރަސްމީ ބަހުރުވައިން) ކަށަވަރު ނޫން. not much of a poet (ނުރަސްމީ ބަހުރުވައިން) މޮޅު ޅެންވެރިއެއް ނޫން.

muck

މަކް. ނ. 1. ގެރިގެންގުޅޭ ދަނޑެއްގައި ހުންނަ ގެރިގުއި ފަދަ ހަޑި ތަކެތި. 2. (ނުރަސްމީ ބަހުރުވައިން) ހަޑި. ކިލާ. 3. (ނުރަސްމީ ބަހުރުވައިން) ހަޑިތަކެތި. ކިލާ. —ކ. ކިލާކުރުން، ހަޑިކުރުން. make a muck of ކަމެއް ނުބައިކޮށް ކުރުން. I’ve made a muck of it – I’ll have to do it again. muck about/around (ނުރަސްމީ ބަހުރުވައިން) ސަކަރާތް ގަތުން. muck in ޚަރަދުގައި ނުވަތަ މަސައްކަތުގައި އެންމެން ހިއްސާކުރުން. muck out އަސްތަބީލާއެއް ފަދަ ތަނަކުން ގުއިތައް ނެރެ ސާފުކުރުން. muck-raking މީހުންގެ ތެރޭގައި ހިނގާފައި ހުންނަ ނޭދެވޭ ކަންތައްތައް ހޯދައި ފައުޅުކުރުން. muck sweat އޮށް ދާ. much up ހަޑިކޮށްލުން.

mucky

މަކީ. ނއ. (muckier, muckiest) 1. ހަޑިވެފައި، ކިލައިން ތަތްތެޅިފައި. ކިލާވެފައި.

mucous

މިޔުކަސް. ނއ. ކުޅު ފަދަ ދިޔަ އާ ވައްތަރު. ކުޅު ފަދަ ދިޔައަކުން ދުއްޔެއް ލެވިފައިވާ. mucous membrane އަނގަ، ކަރު، ނޭފަތް ފަދަ ގުނަވަންތަކުގެ އެތެރެފަރާތުގައި އޮލައެއް އުފައްދާ ދުއްޔެއް.

mucus

މިއުކަސް. ނ. އެތެރެ ހުސްކޮށް ހުންނަ ގުނަވަންތަކުގައި ރައްކާތެރިކަމެއްގެ ގޮތުން ނުވަތަ ދެބައެއްގެ ކޭއްތުން އޮމާންކުރަން ހުންނަ ތެތް ތަތްލާ އޮލަ ދިޔަ. އަނގައިގައި ހުންނަ މި ދިޔައަކީ ކުޅު.

mud

މަޑް. ނ. 1. ތެތް މަޑު ވެލި. ކިސަޑު. 2. ތެޔޮ ވަޅެއް ތޮރުފާއިރު ބޭނުންކުރާ ކެމިކަލް ދިޔައެއް. މި ބޭނުންކުރަނީ ތޮރުފުން ހަލުވިކޮށް ފެން ވަނަ ނުދިނުމަށެވެ. his name is mud ނުރަސްމީ ބަހުރަވައިން އޭނާގެ އަގު ވަނީ ވެއްޓިފައެވެ. mud-flap ބައިސްކަލް ފަދަ ތަކެތީގެ ފުރޮޅުން މައްޗަށް އަރާ ކިލާ ހުއްޓުވަން ހުންނަ ފެންދަފަތް. mud-flats ދިޔަވަރު ހިކުމުން ހިކިފައި އޮންނަ ކިސަޑު ބިން. mud-slinging (ނުރަސްމީ ބަހުރުވައިން) މީހަކު ނުބައިކޮށް ވާހަކަ ދެއްކުން. މީހެއްގެ އަގު ވައްޓައިލުން.

muddle

މަޑްލް. ކ. 1. ތަރުތީބެއް ނެތް އޮޅުންބޮޅުން ވެފައިވާ ޙާލަތް. The documents were in a muddle. 2. މީހެއްގެ ބުއްދިއަށް އޮޅުވައިލުން: އެއް އެތި އެހެން އެއްޗެއްގެ ގޮތުގައި ދެއްކުން. —ނ. މިފަދަ ޙާލަތެއް. އޮޅުންބޮޅުން ގަޑެއް. —ނ. muddler. muddle-headed ފަސޭހައިން ވިސްނުން އޮޅޭ. ބުއްދި އޮޅިފައި. muddle on/along ތަރުތީބެއް ހަރުދަނާ ކަމެއް ނެތި މަސައްކަތްކުރުން. muddle through މީހަކު މަސައްކަތް ކުރި ގޮތް ކަމު ނުދިޔަޔަސް އާޚިރުގައި އެ މަސައްކަތް ކާމިޔާބުވުން.

muddy

މަޑީ. ނއ. (muddier, muddiest) 1. ކިސަޑުން ފުރިފައި. ކިސަޑު ފަދަ. 2. (ކުލަ ފަދަ ތަކެއްޗާ މެދު) ސާފު ނޫން. ކިލާ. އަނދިރި އަދި އުޖާލާކަން ނެތް. —ކ. (muddies, muddying) ކިސަޑުފަދައިން ހެދުން. ކިސަޑަށް ހެދުން. ހަޑިކުރުން. ކިލާކުރުން. Industrial activity has muddied the river. ނ. muddiness.

mudguard

މަޑްގާޑް. ނ. ބައިސްކަލެއް ފަދަ އެއްޗެއްގެ ފުރޮޅުން އުކާ ކިސަޑުން ދުއްވާމީހާ ރައްކާތެރިކުރާ ދަފަތް.

mudlark

މަޑްލާކް. ނ. 1. ޗަކަސްތަންތަނުގައި ކުޅެން އުޅޭ ކުޑަ ކުއްޖެއް. 2. (މ. ކިނާރާއެއްގައި) ޗަކަސް ތަންތަނުން ބޭނުންތެރި ތަކެތި ހޮވާ މީހާ. 3. ޗަކަސް ތަންތަނުގައި ފަސޭހައިން ދުއްވޭ އަސް.

muesli

މިޔުޒްލި. ނ. ނުކައްކާ ހުރި ގޮވާމުގެ އޮށްތަކާއި ހިއްކި މޭވާއާއި މަދު ފަދަ ތަކެތި، ކިރާއެއްކޮށްގެން ނާސްތާގެ ގޮތުގައި ބޭނުންކުރާ ކާނާ.

muezzin

މޫއެޒިން. ނ. މުންނާރުން ބަންގި ގޮވާ މީހާ. މުއައްޛިން.

muff

މަފް. ނ. އަންހެނުން އަތް ހޫނުކޮށް ބާއްވަން ދެފަރާތުން އަތް ވައްދަން ކެހެރިން ފަހާފައި އޮންނަ ހޮޅިބުރިއެއްހެން އޮންނަ އުރައެއް. އެހެން ތަކެތިންވެސް މި ހަދާފައި ހުރެއެވެ.

muff

މަފް. ކ. (ނުރަސްމީ ބަހުރުވައިން) ކަމެއް ގޯސްކޮށް ކުރެވުން ނުވަތަ ފުރުސަތެއް ނަގައިލުން. I only had two lines in the whole play and I muffed them.

muffin

މަފިން. ނ. ކުޑަ ވަށް އިސްޕަންޖް ކޭކެއް.

muffle

މަފްލް. ކ. 1. ރައްކާތެރިކަމަށް ނުވަތަ ފިނިން ސަލާމަތްވުމަށް ފަރުދާވުން. ފޮތިގަނޑެއް ގައިގާލުން. 2. އަޑު މަޑުކުރުމަށްޓަކައި ބޯފޮތި ފަދަ އެއްޗެއް ބޭރުން ލުން. 3. އަޑު މަޑުކުރުވުން.

muffler

މަފްލަރ. ނ. 1. ފިނިން ރައްކާތެރިވުމަށް ކަރު ވަށައިގެން އޮޅާ ބޯ ތުވާލި ފަދަ އެއްޗެއް. 2. އަޑު މަޑުކުރުމަށް ބޭނުންކުރާ އާލަތެއް. މ. އިންޖީނެއްގައި.

mufti

މުފްޓި. ނ. 1. މުސްލިމުންގެ ޤާނޫނުތައް ދަންނަ ޢިލްމުވެރިއެއް. (ޢ) މުފްތީ. 2. ޔުނިފޯމު ކޮންމެހެން އަޅަންޖެހޭ މީހުން ބައެއް ފަހަރު ލައިގެން ހުންނަ އާދައިގެ ހެދުން. The admiral arrived in mufti.

mug

މަގް. ނ. 1. ވަތުތައްޓެއް ނުލާ ބޭނުންކުރާ، އަތްގަނޑުލީ ބޮޑު ޖޯޑެއް. 2. މީގައި ހުރި ދިޔަ. 3. (ނުރަސްމީ ބަހުރުވައިން) މޫނު ނުވަތަ އަނގަމަތި. 4. (ނުރަސްމީ ބަހުރުވައިން) ފަސޭހައިން އެހެން މީހުންގެ ބަސްދަށުލައި އޮޅުވާލެވޭ، ހެއްދޭ މީހެއް. ހައްލާލަން ފަސޭހަ މީހެއް. —ކ. (mugged, mugging) ބިރު ދައްކައިގެން އަނިޔާކޮށްގެން ފޭރުން (ޚާއްޞަކޮށް ހާމަ ތަނެއްގައި). —ނ. ފޭރޭ މީހާ mugger. a mug’s game (ނުރަސްމީ ބަހުރުވައިން) މަންފާއެއް ފައިދާއެއް ނުކުރާނެ މަސައްކަތެއް.

mug

މަގް. ނ. (ނުރަސްމީ ބަހުރުވައިން) ގަދަކަމުން އެއްޗެއް ދަސްކުރުން. mugged it up.

muggins

މަގިންސް. ނ. ފަސޭހައިން އޮޅުވާލެވި، އެހެން މީހުން އޭނާއަށް މަކަރު ހަދާ މީހެއް.

muggy

މަގީ. ނއ. (muggier, muggiest) ވަރަށް ވައި ތެތް ވެފައި ހޫނު. a muggy day. muggy weather.

mulatto

މިއުލަޓޯ. ނ. ބަބުރު މީހަކާއި ޔޫރަޕު މީހެއްގެ ދަރިއެއް.

mulberry

މަލްބެރީ. ނ. 1. ޖޭމުތަކެއް ކަހަލަ މޭވާއެއް އަޅާ ގަހެއް. ތޫތު. 2. މިގަހުގެ މޭވާ. ތޫތު. 3. ކަޅު ރަތްކުލަ.

mulch

މަލްޗް. ނ. ގަސްތަކުގެ ކައިރީގައި ފިނި ހިފަހައްޓަން ނުވަތަ ތޮނަ ފެޅިޔަ ނުދިނުމަށް ފަތުރާ ހުޔާއި ފަތާއި މިފަދަ ތަކެތި. —ކ. މިފަދަ ތަކެތި ފެތުރުން.

mulct

މަލްކްޓް. ކ. މަކަރަކުން ނުވަތަ ޖޫރިމަނާކޮށްގެން ނުވަތަ ވާރެއްގެ ގޮތުގައި މީހެއްގެ އަތުން ފައިސާ ހޯދުން. The jury mulcted me for $50.

mule

މިޔުލް. ނ. އަހަކާއި ހިމާރެއް ޖޯޑުވެގެން އުފަންވާ ދަރި. މިއީ ވަރަށް ގޮތް ދޫނުކުރާ ޖަނަވާރެކެވެ. (ޢ) ބަޣަލް.

mule

މިޔުލް. ނ. ފުންނާބު ގެ ފަހަތް ނުފޮރުވޭ ”ބޫޓު“.

mulish

މިޔުލިޝް. ނ. ގޮތް ދޫނުކުރާ. ކއ. mulishly. ނ. mulishness.

mull

މަލް. ކ. 1. ބުއިމެއް ހެދުމަށް ބަނގުރަލާއި ހަވާދާއި ހަކުރު ކެއްކުން.

mull

މަލް. ކ. ކަމެއް ބޮޑަށް ފިކުރު ކުރުން. ކަމަކާ މެދު ގިނައިރު ވިސްނުން. mulled it over.

mull

މަލް. ނ. ކަނޑަށް ނުކުމެފައި ހުންނަ އުސް ހަނި ފަސް ގަނޑެއް.

mullah

މުލާ. ނ. ޝަރީޢަތް ދަންނަ އެދުރެއް.

mullein

މަލިން. ނ. ދިގު ތެދު ތަނޑިއެއްގައި ގިނަ ރީނދޫ މައުތަކެއް އަޅާ ގަހެއް.

mullet

މަލިޓް. ނ. ކެއުމަށް ބޭނުންކުރާ ބާވަތެއްގެ މަހެއް. މެކުނު.

mulligatawny

މަލިގަޓޯނީ. ނ. ރިހަ ފަދައިން ރަހަތައް ވަރަށް ގަދަ ސުރުވާއެއް.

mullion

މުލިއަން. ނ. ބިއްލޫރި ކުޑަދޮރުފަތުގައި ރަހައަށް ހުންނަ ތޭރި.

multi-

މަލްޓި. (ލަފުޒުގެ ކުރިއަށް އިތުރުކުރާ އަކުރެއް) ގިނަ. multiaccess ކޮމްޕިއުޓިންގައި އެތައް އެއްޗެއް އެއާ ގުޅައިގެން މުޢާމަލާތް ކުރެވޭ.

multifarious

މަލްޓިފޭރިއަސް. ނއ. ތަފާތު ވައްތަރުތައް ހިމެނޭ. The newspaper report detailed the fraudster’s multifarious business activities.

multilateral

މަލްޓިލެޓަރަލް. ނއ. (އެއްބަސްވުމެއް، މަޝްވަރާއެއް ފަދަ ކަމަކާ މެދު) ދެ ނުވަތަ އެއަށް ވުރެ ގިނަ ޤައުމު/ޕާޓީ ހިމެނޭ ނުވަތަ ބައިވެރިވާ. Seven countries are taking part in the multilateral talks.

multimillionaire

މަލްޓިމިލިއަނެއަރ. ނ. މިލްކިއްޔާތުގައިވާ އެތައް މިލިއަން ޕައުންޑެއް ނުވަތަ ޑޮލަރެއް ހުރި މީހެއް.

multinational

މަލްޓިނޭޝަނަލް. ނއ. (ވިޔަފާރި، ކުންފުންޏާ މެދު) އެތައް ޤައުމެއްގައި ހިނގާ.

multiple

މަލްޓިޕްލް. ނއ. ގިނަ، އެތައް ބައިތަކެއް ހިމެނޭ. އެތައް ބައިތަކަކުން އެކުލެވިގެންވާ. އެއް އެތީގެ އެތައް ބައިތަކެއް ހިމެނޭ. We made multiple copies of the report. —ނ. ޢަދަދެއްގައި އެހެން ޢަދަދެއް ބާކީ އެއް ނެތި ހިމެނޭ. މ. 21 އަކީ 7 ގެ މަލްޓިޕްލް އެކެވެ. އެއީ 21 ގައި 7 ތިން ފަހަރު ބާކީއެއް ނެތި ހިމެނޭތީއެވެ. multiple sclerosis ސިކުޑީގެ ނުވަތަ މައިކަށީގައިވާ މަދުގެ ބައެއް ތަންތަން ހަރުވުމުގެ ސަބަބުން ހަށިގަނޑުގެ ބައެއް މަސްތައް ވާގިނެތޭ ބައްޔެއް. multiple shop/store އެތައް ތަނެއްގައި ހުންނަ އެއް ނަމެއް ކިޔާ ފިހާރަތަކުން ފިހާރައެއް.

multiplex

މަލްޓިޕްލެކްސް. ނއ. ކިތަންމެ ބައިތަކެއް، ބައްޓަންތަކެއް، ހިމެނޭ. ނ. ގިނަ ސިނަމާތަކެއް ހިމެނޭ ޢިމާރާތެއް.

multiplication

މަލްޓިޕްލިކޭޝަން. ނ. ހިސާބު ޢިލްމުގައި ގުނަކުރެވޭ ގުނަކުރުން. multiplication sign ގުނަކުރާ ފާހަގަ ×. 3 × 7 = 21 މި ފާހަގައަށް ފަހު ޖަހާފައިވާ 7 އަކީ multiplier އެވެ. މިއިން އަންގަނީ ކުރީ ޢަދަދު 21 ގައި ހިމެނޭ ފަހަރެވެ. multiplication tables ގުނަކުރާ ނަވަތަ.

multiplicity

މަލްޓިޕްލިސިޓީ. ނ. ތަފާތު ގިނަ ވައްތަރުތައް. There is a multiplicity of fashion magazines to choose from.

multiplier

މަލްޓިޕްލަޔަރ. ނ. ޢަދަދެއް އެހެން ޢަދަދަކާ ގުނަކުރެވޭ އިރު ތަކުރާރުވާ ޢަދަދު. ގުނަހަރު.

multiply

މަލްޓިޕްލައި. ކ. (multiplied, multiplying) 1. ހިސާބުކުރުމުގައި ގުނަކުރުން. 2. ގިނަ ވާގޮތް ހެދުން. ގިނަވުން. rabbits multiply rapidly މުސަޅު އަވަހަށް (ވިހައިގެން) ގިނަވެއެވެ.

multiracial

މަލްޓިރެއިޝަލް. ނއ. ތަފާތު ނަސްލުތަކުގެ މީހުން ހިމެނޭ. a multiracial school.

multi-storey

މަލްޓި-ސްޓޯރީ. (multistory) ނއ. ގިނަ ބުރިތަކެއް ހިމެނޭ. މ. ޢިމާރާތެއް. a multistory apartment building.

multitude

މަލްޓިޓިއުޑް. ނ. ގިނަ ޢަދަދެއްގެ ތަކެތި ނުވަތަ މީހުން. the multitude އާދައިގެ ރައްޔިތުން.

multitudinous

މަލްޓިޓިއުޑިނަސް. ނއ. ޢަދަދުގެ ގޮތުން ވަރަށް ގިނަ. ތަފާތު ވައްތަރުން ބައިވަރު. The performers displayed their multitudinous talents.

mum

މަމް. ނއ. (ނުރަސްމީ ބަހުރުވައިން) ހަމަހިމޭން. keep mum. mum’s the word މިއާ ބެހޭ ވާހަކަ ނުދައްކާށެވެ.

mum

މަމް. ނ. ނުރަސްމީ ބަހުރުވައިން މަންމަ.

mumble

މަމްބްލް. ކ. ކިޔާނުކިޔާ ސާފުނުވާ ގޮތަށް ވާހަކަ ދެއްކުން. —ނ. މިގޮތަށް ދައްކާ ވާހަކަ. ނ. mumbler.

mumbo-jumbo

މަމްބޯ-ޖަމްބޯ. ނ. 1. އޭގެ ނުވަތަ އެކަމުގައި ޙަޤީޤަތެއް، މާނައެއް ނުވާކަމަށް ޤަބޫލުކުރެވޭ އެކި ލަފުޒުތަކާއި ހަރަކާތްތައް (ޢަމަލުތައް). 2. މީހުންނަށް އޮޅުވާލުމަށް ނުވަތަ އެކަން ބޮޑުކޮށް ސިއްރުތައް ހިމެނުމަށް ޤަޞްދުކުރާ ކަންކަން ނުވަތަ ބޭނުންކުރާ ލަފުޒުތައް.

mummer

މަމަރ. ނ. ވާހަކަ ނުދައްކާ ކުޅޭ ތަމްސީލްތަކުގެ އެކްޓަރުން.

mummify

މަމިފައި. ކ. ފިރުއައުނު ދުވަސްވަރުގައި ހެން، ޤަބުރެއް ކުނި ނުވާނޭ ގޮތް ހެދުން.

mummy

މަމީ. ނ. 1.(ޚާއްޞަކޮށް ފިރުއައުނުގެ މިސުރުގައި) ކުނި ނުވެ ޒަމާންތަކަށް އޮންނާނެހެން ވަޅުލުމަށްޓަކައި އެއަށް ޚާއްޞަ ކަންތައްތަކެއް ކޮށްފައިވާ މީހެއްގެ ނުވަތަ ޖަނަވާރެއްގެ ގަބުރެއް. 2. ޤުދްރަތީގޮތުން ކުނިނުވާނެހެން ވެފައިވާ މީހެއްގެ ނުވަތަ ޖަނަވާރެއްގެ ގަބުރެއް.

mummy

މަމީ. ނ. (ނުރަސްމީ ބަހުރުވައިން) މަންމަ.

mumps

މަމްޕްސް. ނ. ތަދުވާގޮތަށް ކަރު ދުޅަވާ ވައިރަސްއަކުން ޖެހޭ ބައްޔެއް. ކޯފުއްޕި.

munch

މަންޗް. ކ. ގަދައަށް ހަފާއަޑު އިވޭގޮތަށް ކާތަކެތި ހެފުން. He was munching on an apple.

mundane

މަންޑެއިން. ނއ. 1. ވަރަށް އާދައިގެ (އެހެންވީމާ ފޫހި). Mundane matters such as paying bills and shopping for food do not interest her. 2. ދުނިޔެވީ. ރޫޙާނީ ކަމެއް ނެތް.

municipal

މުނިސިޕަލް. މިޔުނިސިޕަލް. ނއ. ޝަހަރަކަށް، ރަށަކަށް ނިސްބަތްވާ. ސަހަރެއްގެ ނުވަތަ ރަށެއްގެ ހިންގުމަށް އޮންނަ ކައުންސިލް އަށް ނިސްބަތްވާ. municipal tennis courts.

municipality

މުނިސިޕަލިޓީ. މިޔުނިސިޕަލިޓީ. ނ. އަމިއްލަ ބާރުތަކެއް ލިބިފައިވާ ޝަހަރެއް، ރަށެއް. މިފަދަ ރަށެއްގައި އޮންނަ އަމިއްލަ ބާރުތަކުގެ ސަރުކާރު. ރަށު ކައުންސިލްތަކަކީ މުނިސިޕަލިޓީ ތަކެކެވެ.

munificent

މުނިފިސަންޓް. މިޔުނިފިސަންޓް. ނއ. ވަރަށް ދީލަތި. A former student has donated a munificent sum of money to the college.

muniments

މިޔުނިމަންޓްސް. ނ. ގޯތި ފަދަ ތަކެއްޗަށް ލިޔެފައިވާ ހުންނަ، އޭގެ މިލްކުވެރިކަމާ ބެހޭ ފަތްތަކާއި މިފަދަ ލިޔުންތައް.

munitions

މިޔުނިޝަންޒް. ނ. ހަނގުރާމަ މަތީ އާލަތްތަކާއި ހަތިޔާރުތައް. މ. ބޮން.

mural

މިޔުރަލް. ނ. ފާރަކަށް ނިސްބަތްވާ. ފާރެއްގެ ޞަޠަޙަ މަތީގައި. —ނ. ފާރެއްގައިވާ ކުރެހުމެއް.

murder

މާޑަރ. ނ. 1. ޤާނޫނާ ޚިލާފަށް ޤަޞްދުގައި މީހަކު މެރުން. 2. (ނުރަސްމީ ބަހުރުވައިން) ވަރަށް ހިތްގައިމުނޫން. ވަރަށް އުނދަގޫ، ވަރަށް ތަދުހުރި ކަމެއް. It’s murder finding a parking space in this neighborhood.

murder

.—ކ. 1. ޤަޞްދުގައި މީހަކު މަރައިލުން. 2. ކަމެއް ވަރަށް ގޯސްކޮށްގެން ހަޑިކުރުން. މ. ލަފުޒެއް ނުބައިކޮށް ކިޔުން، ލަވައެއް ތާލާ އެއްގޮތަށް ނުކިޔުން. karaoke singers who murder pop classics.

murderous

މާޑަރަސް. ނ. މީހުން މަރައިފާނެ ވަރަށް ނުރައްކާތެރި އަދި ނުލަފާ. ވަރަށް ރުޅިވެރި. މީހަކު ޤަތުލްކޮށްފާނެ ފަދަ. She gave me a look of murderous hatred.

murky

މާރކީ. ނއ. (murkier, murkiest) 1. އަނދިރިވެފައި ހިތްގައިމު ނޫން. އެތެރެ ނުފެންނަ. 2. (ދިޔަ އާ މެދު) ސާފުނޫން. އެތެރެ ނުފެންނަ. ކިލާކަން ހުރި ނުވަތަ އަޑިއަށް ކުޑިފައިބާފައިވާ. The river was brown and murky after the storm. 3. ބޭއަޚްލާޤީ ސިއްރުތައް ހިމެނޭ. މ. his murky past. ނ. murkiness.

murmur

މާރމަރ. ނ. 1. ފަނޑު އަބަދު އިވޭ އަޑެއް. 2. ހިތުން އަބަދުކިޔާ މަޑު އަޑެއް. 3. މަޑުމަޑުން ބުނާ ލަފުޒުތަކެއް. 4. ޝުޢޫރުތައް މަޑުމަޑުން ހާމަކުރާ މޫނުގެ ކުލަވަރު. murmurs of discontent. —ކ. މިފަދަ މަޑު އަޑެއް ލެއްވުން. މަޑު އަޑަކުންބުނުން.

muscat

މަސްކެޓް. ނ. ކަސްތޫރި ރަހައެއް ހުންނަ މޭބިސްކަދުރެއް.

Muscat

މަސްކެޓް. ނ. އޯމާންގެ ވެރިކަން ކުރާ ޝަހަރު.

muscatel

މަސްކަޓެލް. ނ. ކުދި ވަށް މޭބިސްކަނދުރެއް. މީގެ ހިއްކާފައި ހުންނަ ވައްތަރު. މި މޭބިސްކަނދުރުން ހަދާ ރަލެއް.

muscle

މަސްލް. ނ. 1. ގުނަވަންތައް ހަރަކާތްކުރުވަން، ޖަނަވާރުގެ ހަށިގަނޑުގައި ކުރުވެ، ކުރުވި ބާރު ދޫވާ، ނަރުތަކެއް ގޮތަށް ހުންނަ މަސް. 2. މިފަދަ ނަރުތައް ހުންނަ ހަށިގަނޑުގެ ބައިތައް. 3. މަސްތަކުގެ ބާރު. 4. ބާރު. މ. trade unions with plenty of muscle. —ކ. muscle in (އެމެރިކާ ބަހުރުވައިގައި) ގަދަބަދަވިކަމުން، ގަދަހަދާލާފައި ވަނުން.

Muscovite

މަސްކޮވައިޓް. ނއ. މޮސްކޯގެ. —ނ. މޮސްކޯގެ އަހުލުވެރިއެއް.

muscular

މަސްކިޔުލަރ. ނއ. 1. ހަށިގަނޑުގެ މަސްތަކުގެ ނުވަތަ މަސްތަކާ ބެހޭ. މަސްތަކަށް އަސަރުކުރުވާ. 2. މަސްތައް ރަނގަޅަށް ޖަހާފައިވާ. ނ. muscularity.

muse

މިޔުޒް. ކ. ކަމަކާ މެދު ފުންކޮށް ގިނަ ދުވަސްވަންދެން ވިސްނުން. I began to muse about/on the possibility of starting my own business.

Muse

މިޔުސް. ނ. ބޯދާ ޔޫނާނީ އަދި ރޫމީ ޙަޟާރަތުގައި، ސައިންސް އާއި ފަންނީ ޢިލްމުތަކުގެ 9 ކަލާނގެ ތަކުން ކަލާނގެއެއް.

museum

މިޔުޒިއަމް. ނ. ތާރީޚީ ނުވަތަ ސައިންސް ގެ ތަކެތި މީހުންނަށް ދެއްކުމަށް ބަހައްޓާ ޢިމާރާތެއް ނުވަތަ ކޮޓަރިއެއް. ދާރުލްއާޘާރު. museum piece މިޔުޒިއަމް އަކަށް ލާން އެކަށީގެންވާ ހިތްގައިމު އެއްޗެއް. (މަލާމާތުގެ ގޮތުގައި) ވަރަށް މުސްކުޅި ބޯދާ ޚިޔާލުގެ މީހެއް ނުވަތަ އެއްޗެއް.

mush

މަޝް. ނ. ހިތްގައިމު ނޫން މަޑު އޮލަ ޗަސް އެއްޗެއް. މ. ގިނައިރު އަލުވި ކެއްކީމާ ހުންނަ ފަދަ މަޑު ޗަސް އެއްޗެއް. —ނއ. ނޭކަށޭނަ މިންވަރަށް ޖަޒުބާތު ހިމެނޭ. މ. މަޝް ފިލްމެއް.

mushroom

މަޝްރޫމް. ނ. 1. އަވަހަށް ބޮޑުވާ ފަންގަސްގެ ވައްތަރެއް. މި ހުންނަނީ ތަނޑިއެއްގައި ކުޑައެއް ފަދައިން ވަށްކޮށް ބޭރަށް ނުކުންނަ ބައެއް ލާފައެވެ. ބިންމާ. ހަންޑިކުޑަ. މީގެ މަދު ވައްތަރުތަކެއް ކެއުމަށް ބޭނުން ކުރެއެވެ. 2. މަޑު ރީނދޫ މުށިކުލައެއް. —ކ. 1. ގިނަ މިންވަރަކަށް އަވަހަށް ފެތުރުން. މ. cafes mushroomed in all the islands. 2. ހަންޑިކުޑައެއް ފަދައިން ހިމަކޮށް މައްޗަށް އަރައި ފެތުރުން.

mushy

މަޝީ. ނ. މަޑު އޮލަ ޗަސް. ޖަޒުބާތީ. ނ. mushiness.

music

މިޔުޒިކް. ނ. 1. ހިތްގައިމު ތަރުތީބަށް، އިންސާނާގެ އަޑާއި ނުވަތަ މޫސީގީ އާލަތްތަކުގެ އަޑުތައް ރާވާ ރޭވުން. (ހ) ސަންގީތު. (ޢ) މޫސީޤީ ފަންނު. 2. މިގޮތުން އުފައްދާ އަޑުތައް. މި އަޑުތައް ރަމްޒުތަކެއް ބޭނުންކޮށްގެން ލިޔެފައިވާ ލިޔުން. 3. އަޑުއަހަން ހިތްގައިމު ތަރުތީބު ކޮންމެ އަޑެއް. މ. ބައެއް ދޫނީގެ ގޮވުން. music-hall މުނިފޫހިފިލުވުމުގެ ތަފާތު ކަންކަން ބާއްވާ މާލަމެއް. މިގޮތުން ބާއްވާ ކަންކަން.

musical

މިޔުޒިކަލް. ނ. ނއ. 1. މިޔުޒިކްގެ. މޫސީޤީ. musical instruments މިޔުޒިކް ކުޅޭ ސާމާނު. 2. މިޔުޒިކްއަށް މަޤްބޫލް، މިޔުޒިކަށް ހުނަރުވެރި. 3. މިޔުޒިކާ އެކު، މިޔުޒިކް ހިމެނޭ. —ނ. މިޔުޒިކް އާއެކު ކުޅޭ ހެއްވާ ތަމުސީލު. މިފަދަ ތަމުސީލު ހިމެނޭ ބައިސްކޯފް ފިލްމު. ކއ. musically. music box މިޔުޒިކް ކުޅޭ މަޢުދަން އެއްޗެއް. މީގައި ހުންނަނީ އުންތަކެއް ހުންނަ އެނބުރޭ ވަށްބުރެއްގައި، އެކި ދިގުމިނުގެ ތުރުތުރުއަޅާ ފުނަލެއްގެ ދަތްތަކެއް ޖެހިފައެވެ. musical chairs ކުޅުންތެރިންނަށް ވުރެ އެއް ގޮނޑި މަދުން ބަހައްޓައި، މިޔުޒިކާ އެކު ވަށައިގެން އެނބުރޭ، މިޔުޒިކް ހުއްޓުމުން ކޮންމެ މީހަކު ގޮނޑީގައި އިށީންނަށް ޖެހޭ ކުޅިވަރެއް. ގޮނޑިއެއް ނުލިބުނު މީހާ އާއި އެއް ގޮނޑި ބާކީކޮށް ދެވަނަ ބުރު ފައްޓައެވެ.

musician

މިޔުޒިޝަން. ނ. މިޔުޒިކް ކުޅުމަށް ހުނަރުވެރި މީހެއް (ޚާއްޞަކޮށް ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި). މޫސީގާރު.

musk

މަސްކް. ނ. ބައެއް ޖަނަވާރުތަކުން އުފެދޭ، ހުވަނދު ހެދުމަށް ބޭނުންކުރާ މާއްދާއެއް. ކަސްތޫރި. މިއާ ވަރަށް ގާތް މާއްދާއެއް ދެ ގަހަކުން ވެސް އުފެދެއެވެ. ނަމަވެސް އެންމެ މަޝްހޫރީ ކަސްތޫރި ފުއްލާގެ ގުވަނަކުން އުފައްދާ ކަސްތޫރިއެވެ. މި ވަސް އުފައްދާ އެހެން ޖަނަވާރުތައް: musk deer, musk rat. musk rose ކަސްތޫރި އާ ގާތް ވަހެއް ދުވާ ފިނިފެންމާ.

musket

މަސްކިޓް. ނ. އިހުގައި، އަސްކަރީން ގެންގުޅުނު ރައިފްލް އާ ވައްތަރު ބަޑިއެއް. musketeer މިބަޑި ގެންގުޅޭ ސިފައިންގެ މީހެއް.

musky

މަސްކީ. ނ. ކަސްތޫރިގެ ވަސް ހުރި. އެއާ ވައްތަރު.

Muslim

މުސްލިމް. ނ. މުސްލިމް މީހެއް. ނއ. މުސްލިމުންނަށް ނިސްބަތްވާ.

muslin

މަޒްލިން. ނ. 1. ވަރަށް ތުނި އުއި ފޭރާމެއް. 2. ކުޑަކުދީންގެ ތުންފުހެން ގެންގުޅޭ މީގެ ފޮތިކޮޅެއް.

musquash

މަސްކޮވޯޝް. ނ. 1. ކަސްތޫރި ވަސް ހުންނަ ބައެއް ހިމެނޭ މީދަލެއް ފަދަ އުތުރު އެމެރިކާގެ ޖަނަވާރެއް. 2. މީގެ ކެހެރި.

muss

މަސް. ކ. (muss up). ހަޑިވުން، ތަރުތީބު ގެއްލުން. The wind is mussing (up) my hair.

mussel

މަސްލް. ނ. ރިނދަލީގެ ބާވަތެއް. ކަނޑުގައި އުޅޭ މި ވައްތަރުގެ ރިނދަލި މީހުން ކެއުމަށް ބޭނުންކުރެއެވެ.

must

މަސްޓް. (ކަމުގެ ޚާއްޞަ ވައްތަރެއް). މި ލަފުޒު ބޭނުންކުރަނީ ބޭނުންތެރިކަން، ކޮންމެހެން ކުރަންޖެހުން، ޔަޤީންކަން، އިލްތިމާސް ފަދަ ކަމެއް ބަޔާންކުރުމަށެވެ. މ. you must go. night must fall. I must repeat. —ނ. ކޮންމެހެން ކުރަންޖެހޭ، ދޫކޮށްނުލެވޭނޭ ކަންކަން. the exhibition is a must.

must

މަސް. ނ. ރަލަށް އަދި ނުވާ މޭބިސްކަދުރުގެ ނުވަތަ އެހެން ވެސް އެއްޗެއްގެ ޖޫސް.

mustang

ނ. މެކްސިކޯ އާއި ކެލިފޯނިއާގައި އުޅޭ ވަލު އަސް.

mustard

މަސްޓަޑް. ނ. 1. ދިގު ތޮޅިތަކެއް އަޅާ ރީނދޫ މަލެއް އަޅާ ގަހެއް. ރެވި. (ސ) އަބަ. 2. މުގުރައިގެން ހަވާދެއްގެ ގޮތުގައި ބޭނުންކުރާ މި ގަހުގެ ތޮޅީގެ އޮށްތައް. 3. މީގައި ހުންނަ ކަޅު ރީނދޫ ކުލަ. —ނއ. ގަދަ ރީނދޫ ކުލައިގެ. mustard gas ހަންގަނޑު ހަލާކުވާ ވިހަ ގޭހެއް.

muster

މަސްޓަރ. ކ. 1. އެއްތަނަކަށް އެއްކުރުން (މ. ސިފައިން). ޖަމާވުން. 2. ޝުޢޫރުތައް ނުވަތަ ހިތްވަރު ނުވަތަ މަދަދުވެރިކަން ގެނައުން. I shouted with all the lung power I could muster. She managed to muster the courage to ask him to the cinema. —ނ. އެއްވެފައިވާ މީހުންތަކެއް. އެއްކޮށްފައިވާ ސިފައިންގެ ޖަމާޢަތެއް. އެއްކޮށްފައިވާ އެއްޗެތިތަކެއް. pass muster ފުދޭވަރު ވާކަމަށް ޤަބޫލުކުރުން.

mustn’t

ކުރޮކޮށް must not.

musty

މަސްޓީ. ނއ. (mustier, mustiest). 1. ތެތް ވެފައި ގިނަ ދުވަސްވުމުން އުފެދޭ ނުބައި ވަސް ހުރި. ތަތްމުޑު ވަސް ދުވާ. ގިނަ ދުވަސްވެ ކުނިވަސް ދުވާ. ފޫޖަހާފައި ހުރުމުން ލާ ރަހަ ލާ. musty old books. a musty room. 2. ގިނަ ދުވަސްވެފައި. ނ. mustiness.

mutable

މިޔުޓަބްލް. ނއ. ފަސޭހައިން ބަދަލުވާ. ބަދަލުވެދާނެ. Language is not static, it is mutable. the mutable nature of love.

mutant

މިޔުޓަންޓް. ނ. ޖެނެޓިކް ބަދަލުތަކާ ގުޅިގެން އޭގެ މައިންބަފައިންނާ ތަފާތު، ދިރުމެއް (ދިރުން ހުރި އެއްޗެއް.). —ނއ. މިގޮތަށް ތަފާތު.

mutate

މިއުޓޭޓް. މިޔުޓެއިޓް. ކ. 1. ދިރުމެއްގެ ޖީންތަކަށް ބަދަލު އައުމާ ގުޅިގެން ނުވަތަ އެހެން ވެސް ކަމެއްގެ ސަބަބުން ދިރުމެއްގެ ސިފަ، ޠަބީޢަތް ބަދަލުއައުން. 2. އެކަތިން އެހެން ތަފާތު އެއްޗަކަށް ބަދަލުވުން. Ali has mutated from an awkward teenager into a sophisticated young man. —ނ. mutation.

mutatis mutandis

މިޔުޓާޓިސް މިޔުޓޭންޑިސް. ކއ. (އެއްޗެތި އަޅާ ކިޔުމުގައި) ކަވި ތަފްޞީލްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ފަހު، އަޞްލު ބޭނުންވާ ސިފަ އަޅާކިޔާ. This complex pattern has been repeated, mutatis mutandis, all over the country. what is true of undergraduate teaching in England is equally true, mutatis mutandis, of American graduate schools.

mute

މިޔުޓް. ނއ. 1. ހަމަހިމޭން. ވާހަކަ ނުދައްކާ. މަންމަން. 2. ވާހަކަ ނުދެކެވޭ. މަންމަން. 3. ލަފުޒުތައް ބޭނުން ނުކޮށް. in mute adoration. 4. (އަކުރަކާ މެދު) ހިމޭން. އަޑު ނުހިމަނާ. މ. house ގެ e އަކުރު ނުކިޔާ ފަދައިން. 5. (ކުލައާ މެދު) ގަދަ ނޫން. ފަނޑު. —ނ. 1. މަންމަން މީހެއް. 2. މިޔުޒިކީ އާލަތްތަކުގެ އަޑު މަޑުކުރަން ބޭނުންކުރާ ބައެއް. —ކ. އަޑު މަޑުކުރުން، އަޑު ނުކިޔާގޮތް ހެދުން. ކއ. mutely. ނ. muteness.

mutilate

މިޔުޓިލެއިޓް. ކ. 1. ދިރުން ހުރި އެއްޗެއް، ޚާއްޞަކޮށް ގުނަވަނެއް ކަނޑާލައިގެން ނުވަތަ ޒަޚަމް ކޮށްގެން، ސިފަގެއްލުވައިލުން. 2. ޚިޔާލެއް ނުވަތަ މުނިފޫހިފިލުވުމުގެ ކަމެއް ބަދަލުތަކެއް ގެނައުމުގެ ސަބަބުން، މުޅީން ހަޑިކޮށްލުން/ހަލާކުކޮށްލުން. They have mutilated a beautiful film by making these changes. ނ. mutilation. ނ. mutilator.

mutineer

މިޔުޓިނިއަރ. ނ. (ޚާއްޞަކޮށް ފަޅުވެރީންގެ ނުވަތަ އަސްކަރީންގެ ތެރޭގައި) ބަޣާވަތް ކުރާ މީހާ.

mutinous

މިޔުޓިނަސް. ނއ. ބަޣާވާތް ކުރާ ކަހަލަ. އެކަމަށް ތައްޔާރު. ކއ. mutinously.

mutiny

މިޔުޓިނި. ނ. ހާމަކޮށް ބަޔަކު ވެރިންނާ، ޚާއްޞަކޮށް އަސްކަރީން ނުވަތަ ފަޅުވެރީން، ބަޣާވާތްކޮށް، ކޮންޓްރޯލް ހޯދަން އުޅުމުގެ ޢަމަލު. ބަޣާވަތް. —ކ. (mutinied, mutinying) ބަޣާވަތެއްގައި ބައިވެރިވުން. ބަޣާވަތް ކުރުން. (ސ) ކެރެއްލަ.

mutt

މަޓް. ނ. (ނުރަސްމީ ބަހުރުވައިން) ސޭކު މީހެއް.

mutter

މަޓަރ. ކ. 1. ސާފުނޫން ގޮތަކަށް މަޑުން ވާހަކަ ދެއްކުން. 2. ސާފުނޫން ގޮތަކަށް ޝަކުވާ ކުރުން. —ނ. މިހެން ދައްކާ ވާހަކަ. މިގޮތަށް ވާހަކަ ދެއްކުމުގެ ޢަމަލު.

mutton

މަޓަން. ނ. ބޮޑެތި ކަންބަޅީގެ މަސް (ކާނާގެ ގޮތުގައި). mutton dressed as lamb (ނުރަސްމީ ބަހުރުވައިން) ޒުވާން ނޫން އަންހެނެއް، ޒުވާން ގޮތަށް ހެދުން އަޅައިގެން.

mutual

މިޔުޗުއަލް. ނއ. 1. (ދެ މީހެއް، ދެ ޖަމާޢަތެއް ފަދަ ދެ ބަޔަކާމެދު). އެއް ޝުޢޫރެއް އިޙްސާސްވާ. އެއްކަމެއް އެއް ބަޔަކު އަނެއް ބަޔަކަށް ކޮށްދޭ. mutual affection, mutual aid. 2. ބަޔާންވެގެންވާ ގުޅުން ދެ ފަރާތަށް ވެސް އޮންނަ. mutual enemies. 3. (ނުރަސްމީ ބަހުރުވައިން) ދެ ފަރާތަށް ނުވަތަ ގިނަ ފަރާތްތަކަކަށް ޢާއްމު. މ. our mutual friend. —ނ. މެންބަރުންގެ މިލްކުގައިވާ ފައިސާއިން މުޢާމާލާތް ކުރާ ވިޔަފާރިއެއް. ކއ. mutually.

Muzak

މިޔުޒަކް. ނ. ހޮޓާތަކާއި ލިފްޓް ފަދަ ތަންތާނގެ ބެކްގްރައުންޑްގައި ޖަހާ މިޔުޒިކް. (ވިޔަފާރި މަރުކާއެއް).

muzzle

މަޒްލް. ނ. 1. ބައެއް ޖަނަވާރުތަކުގައި މ. ކުއްތާގައި، ބޭރަށް ކުރިއަށް ދިއްވެފައި ހުންނަ އަނގައާއި ނޭފަތް ހުންނަ ބައި. 2. ބަޑިއެއްގެ އުންޑަ ނުކުންނަ، އެތެރެ ހުސް ހޮޅީގެ ކޮޅު. 3. އަސް ފަދަ ބައެއް ތަކެތީގެ ތުނބުގައި ދަތްއެޅިޔަނުދޭން އަދި ކެއުނަ ނުދޭން އަޅުވާ ތުންމަޅި. —ކ. 1. ތުންމަޅި އެޅުވުން. 2. (ނޫސްތަކާއި މީހުންނާ މެދު) މިނިވަންކަމާއެކު ޚިޔާލުތައް ބުނެ ލިޔެ ހެދިޔަ ނުދިނުން.

muzzy

މަޒި. ނއ. 1. (މީހަކާ މެދު) ވަރުބަލިވެގެން، ބައްޔަކުން، އަމަލުވެގެން، ބުއްދި އޮޅިފައި އަދި ސާފުކޮށް ވިސްނަން އުނދަގޫވެފައި. Feeling muzzy from the blow on his head, he got up very slowly. 2. (ހާލަތްތަކާއި ރޭވުންތަކާ މެދު) ސާފުނޫން. ރަނގަޅަށް ބަޔާންކުރެވިފައި ނުވާ. Until a week ago, the group’s objectives were slightly muzzy.

MW

ކުރުކޮށް މެގަވޮޓްސް، މީޑީއަމް ވޭވް (ރޭޑިއޯ ބްރޯޑްކާސްޓިންގެ ވައްތަރެއް)

mW

ކުރުކޮށް މިލިވޮޓްސް. milliWatts.

my

މައި. ނއ. 1. އަހުރެންނަށް މިލްކުވެގެންވާ. މަގޭ. 2. ބައެއް މީހުންނާ މުޚާޠަބުކުރާ އިރު ނުވަތަ ހައިރާން ވީމާ ބޭނުންކުރާ ލަފުޒެއް. މ. my dear, my God!.

myalgia

މައިއެލްޖިއާ. ނ. ގައިގެ މަސްތަކުގައި ރިހޭ ރިހުން. މި ބަލި.

Mycenaean

މައިސިނީއަން. ނއ. ޔޫނާނީންގެ ބްރޯންޒް (ކާނިސީ) ޒަމާނުގެ ޙަޟާރާތަށް ނިސްބަތްވާ. މިހެން ކިޔަނީ މައިސިނީ ކިޔާ ސަރަހައްދަކުން މިކަމުގެ އަސަރުތައް އެންމެ ފުރަތަމަ ފެނުނީމައެވެ. —ނ. 1. މި ދުވަސްވަރުގެ މީހެއް. 2. މި މީހުންގެ ބަސް.

mynah

މައިނާ. ނ. mina ތުބާއި ފައި ރީނދޫ ކުލައިގައި ހުންނަ ދޫންޏެއް.

myopia

މައިއޯޕިއާ. ނ. ސާފުކޮށް ހަމައެކަނި ކައިރި ފެންނަ ބަލި. މި ބަލި ރަނގަޅުކުރަނީ ބައެއް ފަހަރު އައިނެއް އަޅައިގެންނެވެ. ނއ. myopic. ދުރު މުސްތަޤްބަލްގައި ކަންވާނެ ގޮތް ނުވިސްނޭ.

myosotis

މައިއޮސޯޓިސް. ނ. ނޫކުލައިގެ މަލެއް އަޅާ ގަހެއް.

myriad

މީރިއަޑް. ނ. ވަރަށް ގިނަ. ބޮޑު ޢަދަދެއްގެ. އެއްޗެއްގެ ބައިވަރު. a myriad of choices.

myrmidon

މާމިޑަން. ނ. ބާރުވެރި ވެރިއެއް ބުނާ ހަމަ ކޮންމެ ކަމެއް (ކިތަންމެ ގޯހަސް) ކުރާ މީހެއް.

myrrh

މަރ. ނ. ގަހެއްގެ ކިރެއް. މި ބޭނުންކުރަނީ މީރުވަސް ދުވާ ދުން އެޅުމަށާއި އަތަރު ފަދަ ތަކެތި ހެދުމަށެވެ.

myrtle

މާޓްލް. ނ. މީރުވަހެއް ހުންނަ ހުދު މައުތަކެއް އަޅާ ގަދަ ފެހި ފަތްތަކެއް ހުންނަ ގަހެއް.

myself

މައިސެލްފް. (ނަމުގެ ބަދަލުގައި ބޭނުންކުރާ ލަފުޒެއް). އަހުރެން (I) މިލަފުޒު ޖުމުލައިގެ ޚަބަރުގައި އައުމުން އެ ލަފުޒު އަމިއްލަ ނަފުސަށް އިޝާރާތް ކުރެވޭނަމަ ފުރޮޅޭ ގޮތް.

mysterious

މިސްޓީރިއަސް. ނއ. ސިއްރުން ފުރިފައިވާ. ހައިރާންކުރުވަނިވި. ނޭނގޭ، ދޭހަނުވާ، ސިއްރު. (ހ) ރަހަސަ. He died in mysterious circumstances

mystery

މިސްޓްރީ. ނ. 1. ސިއްރު ނުވަތަ އަދި އޮޅުން ނުފިލުވައިދެވޭ، ވާގޮތް ނޭނގޭ. (ފ). ރާޒު. 2. މިސިފަ. ވާނުވާ ނޭނގޭ ރަހަސަ ސިފަ. its origins are wrapped in mystery. 3. ކަންތައްތައް ސިއްރުކޮށް ފޮރުވުމުގެ ޢަމަލު. 4. އިންސާނުންނަށް ދެނެނުގަނެވޭ ދީނީ ޙަޤީޤަތެއް. 5. ފަސޭހައިން އޮޅުންނުފިލާ ޖަރީމާއަކާ ބެހޭ ވާހަކައެއް، ފިލްމެއް ނުވަތަ ތަމުސީލެއް. mystery tour/trip މަންޒިލު ހާމަނުކޮށް ތަނަކަށް މަޖަލަކަށް ކުރާ ދަތުރެއް. ކއ. mysteriously.

mystic

މިސްޓިކް. ނއ. 1. ސިއްރު ނުވަތަ ރަމްޒީ (ޚާއްޞަކޮށް ދީނީ) މާނައެއް ހިމެނޭ. mystic ceremonies. 2. ހައިރާންކަމާއި އާސޯޚު އުފައްދާ. —ނ. ކަލާނގެ ހަނދުމަކޮށް، އަމިއްލަ އެދުންތައް ދޫކޮށް މަޢުރިފާކޮށްގެން ކަލާނގެ އާ ކުއްތަން ވުމަށް މަސައްކަތް ކުރާ މީހެއް. ސޫފީ. އަބްދަލް. ދަރުވޭޝް.

mystical

މިސްޓިކަލް. ނއ. 1. ރޫޙާނީ. ދުނިޔޭގެ ދިރިއުޅުމުގައި ރަހަސަ މާނައެއް ވާކަމަށާއި ކޮންމެ މީހަކަށް ވެސް ކަލާނގެއާ ކުއްތައްވެދާނެކަމަށް ވާ އީމާން އާ ގުޅޭ. 2. ރަމްޒީ ނުވަތަ ސިއްރުވެރި މާނައެއް ހިމެނޭ. ކއ. mystically.

mysticism

މިސްޓިސިޒަމް. ނ. 1. ރޫޙާނިއްޔަތު. ތަޞައްވުފް. މަޑުމައިތިރިކަމާއެކު ކުރާ ފިކުރާއި ޒިކުރާއި އަޅުކަމުން ކަލާނގެއާ ކުއްތަން ވެވިދާނެކަމަށް އަދި ޙަޤީޤަތް ދެނެގަނެވޭނެކަމަށް ވާ އީމާން ނުވަތަ އިޢުތިޤާދު. 2. މިކަމުގެ ސިފަ.

mystify

މިސްޓިފައި. ކ. (mystified, mystifying) މީހެއްގެ ބުއްދި އޮޅޭ ފަދަ އާދަޔާ ޚިލާފު، ޢަޖީބު، އޮޅުންފިލުވައިދޭން ދަތި ކަމެއް ކުރުން. I was mystified by her decision. Doctors were mystified by her high fever and headaches. ނ. mystification.

mystique

މިސްޓީކް. ނ. ރޫޙާނީ، ހިތްދަމައިގަންނަ، ޖަޒުބާތު (މީހުން އެއާ ދިމާއަށް ޝައުޤާ އެކު ނަޒަރުކުރާ އޭގައި ހުންނަ) ބާރު. The specialty shop creates a mystique for tea like the one surrounding coffee.

myth

މިތް. ނ. (ތ ސުކުން ކިޔާނީ ފިއްތިއަޑުން). 1. ޤައުމެއްގައި ނުވަތަ ޖަމާޢަތެއްގައި، ޤުދްރަތީ (މ. މޫސުން، ވިލާ ފަދަ) އެކި ކަންތައްތަކާއި އިހުގެ ހާދިސާތަކާ ބެހޭގޮތުން ވާރުތަވަމުން އަންނަ ބޯދާ ވާހަކައެއް. ޚުރާފަތް. (ފ) އުސްޠޫރަ. (އ) އަފްސާނާ. ދާސްތާން. [ޔޫނާނީ ދިވެހި: މިތިކަތަ] 2. އިޖްމާލީ ގޮތެއްގައި މިފަދަ ވާހަކަތައް. myth and legend. 3. ޚިޔާލީ މީހެއް ނުވަތަ ރޫހެއް. 4. ޙަޤީޤަތުގެ މައްޗަށް ބިނާ ނުވާ، ބައެއްގެ ތެރޭގައި އޮންނަ ޤަބޫލުކުރުމެއް ނުވަތަ އިޢުތިޤާދެއް. Statistics disprove the myth that women are worse drivers than men.

mythical

މިތިކަލް. ނއ. 1. އިހުގެ ޤަބޫލުކުރުންތަކަށް ނިސްބަތްވާ. 2. ޚިޔާލީ. ހަމައެކަނި ވާހަކައިގައި އުޅޭ. ޙަޤީޤީ ނޫން. dragons and other mythical creatures.

mythology

މިތޮލޮޖި. ނ. 1. ޚުރާފަތްތަކާއި އިހުގެ ވާހަކަތައް. މިތިކަތަ. Greek mythology. 2. މިފަދަ ވާހަކަތަކުގެ ދިރާސާތައް ނުވަތަ ޢިލްމު.

myxomatosis

މިކްސޯމެޓޮސިސް. ނ. މުސަޅަށް ވައިރަހަކުން ޖެހޭ، ގަދަނުވާ ބައްޔެއް.

m – meal

mealy – Montana

montbretia – myxomatosis