m – meal

mealy – Montana

montbretia – myxomatosis

mealy

މީލި. ނއ. ހިކި. ކުނޑި (މުގުރާފައި ހުންނަ ގޮވާންފަދަ). މީހުން ރުޅިނާރުވަން ގަދައަށް މަސައްކަތްކުރާ. mealy-mouthed ނއ. ދިމާލަށް، ސީދާ ބަސްބުނަން ޖެހިލުންވާ.

mean

މީން. ނއ. (ޢަދަދަކާ މެދު ނުވަތަ މިނަކާ މެދު) ދެކޮޅުން މެދުގައި. އެވަރިޖް. ނ. ރާސްތާއެއްގެ، ޙާލަތްތަކެއްގެ، ޝަރުޠުތަކެއްގެ މެދުމިން. in the mean time މިހާރާއި ކަމެއް ވާނެ އިރާ ދެމެދުގެ ވަގުތު.

mean

މީން. ކ. (meant, meaning) 1. މީހެއްގެ މަޤްޞަދުގެ ނުވަތަ ބޭނުމުގެ ގޮތުގައި ހުށަހެޅުން. މާނަކުރުން. 2. ވަކި ބޭނުމަކަށް ފަރުމާކުރުން، ނިޔަތްގަތުން، ޤަޞްދުކުރުން. it was meant for you = އެ ނިޔަތްގަތީ ތިބާއަށެވެ. are we meant to go this way? އަހުރެމެން ދާން ޖެހެނީ މި މަގުންބާ؟ 3. ވަކި ޚިޔާލެއް، ކަމެއް، އެއްޗެއް ފޯރުކޮށްދިނުމަށް ޤަޞްދުކުރުން. 4. (ލަފުޒުތަކާ މެދު) އެހެން ބަހަކުން ނުވަތަ އެބަހުން ބުނާ އެއްޗެއް އެހެން ޢިބާރާތަކުން. 5. ނަތީޖާއެއްގެ ގޮތުގައި ނުކުތުން. ކަމާގުޅިގެން ވުން. މ. it means catching an early train. 6. ނަތީޖާ އަކަށް ވުން. ނަތީޖާގެ ގޮތުގައި ވުން ގާތްވުން. this means war. 7. ކަނޑައެޅިފައިވާ ގޮތަކަށް މުހިއްމުވުން. this honour means a lot to me. mean business (ނުރަސްމީ ބަހުރުވައިން) ހުސްވާހަކައަކަށް ނުވެ، ޢަމަލުކުރުމަށް ތައްޔާރު. mean it ސަމާސާއެއް ނޫން. ކަންބޮޑުކޮށްގެން ވާހަކަދައްކަނީ އެއް ނޫން. ސީރިއަސްކޮށް ބުނާ ގޮތަށް ޢަމަލުކުރަން. mean well ރަނގަޅު ނިޔަތުގައި. what do you mean by it? ތިކުރާ ކަން ސުބޫތުކޮށްދޭނީ ކިހިނެއް؟

mean

މީން. ނއ. 1. ފެންވަރުގެ ގޮތުން ނުވަތަ މިންވަރުގެ ގޮތުން ދެރަ، ދަރަޖައިގެ ގޮތުން ދެރަ. މ. he is no mean footballer = އޭނާ ވަރަށް މޮޅު. 2. ނުލަފާ. ރުޅިއަރުވާ، ގެއްލުންދޭ، ނުތަނަވަސްކުރުވާ. މ. a mean trick. 3. ދީލަތިނޫން، ބަޚީލް. (ސ) މަސުރު. 4. (ޔޫ.އެސް. މާނައިގައި) ބިރުވެރި، އަނިޔާދީފާނެ. ކއ. meanly. ނ. meanness.

meander

މިއެންޑަރ. ކ. 1. (މަގެއް، އާރެއް ފަދަ އެއްޗަކާ މެދު) ނުސީދާކޮށް، އެކި ދިމަދިމާއަށް ދަތުރުކުރުން/ހިންގުން/ދެމުން. 2. އަމާޒެއް ނެތި އުފަލަކަށް ހިނގުން. —ނ. ސީދާ ނޫން މަގެއް، އާރެއް.

meaning

މީނިން. ނ. އެއްޗެއްގެ މާނަ. މާނަކުރި ގޮތް. (ސ) އަރުތަ. ނއ. މާނައިން ފުރިފައި. މަޢުނަވީ. މ. gave him a meaning look. with meaning މާނައިން ފުރިގެންވާ. މަޢުނަވީ. މުހިއްމު.

meaningful

މީނިންފުލް. ނއ. މާނައިން ފުރިފައިވާ. މަޢުނަވީ. ވަރަށް މުހިއްމު. (ސ) އަރުވަތި. ކއ. meaningfully.

meaningless

މީނިންލަސް. ނއ. މާނައެއް ނެތް. މާނައެއް ނުވާ. (އ) ބޭމަޢުނީ. ކއ. meaninglessly.

means

މީންޒް. ނ. 1. ކަމެއް ކުރާ ގޮތް ނުވަތަ އުސޫލު. They had no means of communication. 2. ވަސީލަތް. މ. (މީހަކު ދިރިއުޅޭ ބޭނުންވާ) ފައިސާ ނުވަތަ އެހެންވެސް މުދަލެއް.transported the goods by means of lorries = އުފުލީ ލޮރީ ބޭނުންކޮށްގެން. has private means = ވަޒީފާއަދާ ކުރުން ފިޔަވައި ފައިސާ ލިބޭ އެހެން ގޮތެއް. by all means ޔަޤީނުން (ޝައްކެތްނެތްކަން ހާމަކުރަން ޖަވާބުގައި ބުނާ ޢިބާރާތެއް). by no means އެއްގޮތަކަށް ވެސް ނޫން. it is by no means perfect. means test ދައުލަތުގެ ފަރާތުން މީހަކަށް ދިރިއުޅޭން ފައިސާ ދިނުމުގެ ކުރީން، އެމީހާއަށް ލިބޭ އާމްދަނީ ވަޒަންކުރަން ބަލާ ބެލުމެއް.

meant

މެންޓް. ނ ބަލާ mean!

meantime

މީންޓައިމް. ކއ. meanwhile އާ އެއް މާނައެއް. mean time ބަލާ mean!

meanwhile

މީންވައިލް. ކއ. 1. އެކަން ހިނގި މުއްދަތުގައި. 2. އެ ވަގުތުގައި، އެހެންކަމެއް ހިނގަމުން ދަނިކޮށް.

measles

މީޒްލްސް. ނ. ގައިންގަޔަށް އަރާ، މުޅި ހަންގަނޑުގައި ހިމަ ބިހިތަކެއް ނަގާ ބައްޔެއް. ހިމަބިހި.

measly

މީޒްލީ. ނއ. ހިމަބިހި ޖެހިފައި. (ނުރަސްމީ ބަހުރުވައިން) ވަރަށް ކުޑަ، މަދު، ނުފުދޭ މިންވަރެއް.

measurable

މެޜަބްލް. ނއ. މިންކުރެވިދާނެ. މިންބެލިދާނެ.

measure

މެޜަރ. ނ. 1. މިނެގެން ނުވަތަ މިންބަލައިގެން ހޯދާ އެއްޗެއްގެ ސައިޒު ނުވަތަ މިންވަރު. 2. މިންވަރު. he is in some measure responsible; had a measure of success. 3. މިން ބަލަން ބޭނުންކުރާ ނިޒާމެއް، ޖިންސެއް، މިޢުޔާރެއް، މިންގަނޑެއް. 4. އެއްޗެއްގެ މިން ބަލަން ގެންގުޅޭ އާލަތެއް ނުވަތަ އެއްޗެއް މ. ނާޅި. ފޮތީގެ ދިގުމިން ބަލަން ގެންގުޅޭ ފަތިގަނޑު. 5. ޅެމުގެ ތާލު. މިޔުޒިކްގެ ބާރ އެއް. (ޢާއްމުކޮށް އެއީ 4 ބީޓެވެ.) 6. ވަކި މަޤްޞަދެއް ޙާޞިލްކުރަން އަޅާ ފިޔަވަޅު ނުވަތަ ކަން. މ. measures to stop theft. 7. ގައު/މަޢުދަން ފަށަލައެއް. —ކ. 1. މިންވަރު އެނގޭ އެއްޗެއް ބޭނުންކޮށްގެން މިނުން، މިންއެޅުން. 2. ވަކި މިނެއް ހުރުން. މ. it measures two metres by four. 3. މިނެދިނުން. މިންވަރު ފާހަގަކުރުން. measured out their portions. 4. މިން އެނގޭ އެއްޗަކާ އަޅައިކިޔައިގެން މިންވަރު އަންދާޒާކުރުން. beyond measure ވަރަށް ގިނަ. މިނެވޭ ވަރަށް ވުރެ ގިނަ. މ. kind beyond measure. for good measure ބޭނުންވާ މިންވަރަށް ވުރެ އިތުރަށް. ނިންމާލުމުގެ ގޮތުން އިތުރަށް. made to measure ނެގި މިންތަކާ އެއްގޮތަށް ހަދާފައި. measure one’s length މޫނު ވަތަށް ބިންމައްޗަށް ވެއްޓުން. measure up to ބޭނުންވާ ފެންވަރަށް/މިންވަރަށް އާދެވުން/ތަރައްޤީވުން.

measured

މެޜަރޑް. ނއ. 1. ހަރަކާތްތަކުގައި ތާލު ހަމަ. އެއް ހަމައަކަށް. measured tread 2. ވަރަށް ފިކުރާއެކު. in measured language.

measurement

މެޜަމަންޓް. ނ. 1. އެއްޗެއް ވަޒަންކުރާ، މިނާ ޙަރަކާތް ނުވަތަ ޢަމަލު. 2. އެއްޗެއް މިންކޮށްގެން ފާހަގަކުރެވުނު ސައިޒު އޭގެ ޖިންސްއާ އެކު. މ. 4 އިންޗި.

meat

މީޓް. ނ. 1. ޖަނަވާރުގެ މަސް ކާނާގެ ގޮތުގައި. މި މަހުގެ ތެރޭގައި ޢާއްމުކޮށް ކުކުޅުމަހާއި ކަނޑު/ކޯރު މަސް ނުހިމަނައެވެ. 2. މަޢުލޫމާތު ލިބޭ އެއްޗެއް. the book has a lot of meat in it. ނއ. meatless.

meaty

މީޓީ. ނއ. (meatier, meatiest) 1. ޖަނަވާރު މަސް ފަދަ. 2. ޖަނަވާރު މަސް ގިނައިން ހިމެނޭ. މަސްއަރާފައި ހުރި. 3. ގިނަ މަޢުލޫމާތު ހިމެނޭ. މ. a meaty book.

Mecca

މެކާ. ނ. ވަކި ޝައުޤެއް ހުންނަ ބަޔަކު ނުވަތަ މީހަކު ވަރަށް ދާހިތްވާ ތަނެއް. މިއީ މުސްލިމުން ޙައްޖަށް ދާ މައްކާ އަށް ނިސްބަތްކޮށް ބުނާ ލަފުޒެކެވެ.

mechanic

މެކެނިކް. ނ. އިންޖީނާއި އެހެން އާލަތްތައް މަރާމާތުކޮށް ބަލަހައްޓާ ހުނަރުވެރިއެއް.

mechanical

މެކެނިކަލް. ނއ. 1. މެޝިނަށް ނުވަތަ އާލަތްތަކަށް ނިސްބަތްވާ. (ގްރީކް ބަހުން) މެކަނީ. 2. މެޝިނުން އުފައްދާ. މެޝިނުން މަސައްކަތް ކުރާ. 3. (މީހަކާ، ކަމަކާ މެދު) ފިކުރާ ނުލައި މެޝިނެއް ފަދައިން ކަންކުރާ. 4. (މަސައްކަތާ މެދު) މާބޮޑު ވިސްނުމެއް، ފިކުރެއް ބޭނުން ނުވާ. 5. މެކެނިކްސް ގެ ޢިލްމަށް ނިސްބަތްވާ. ކއ. mechanically.

mechanics

މެކެނިކްސް. ނ. 1. ހަރަކާތާއި ބާރާ ބެހޭ ފަންނުގެ ޢިލްމު. 2. ތަފާތު މެޝިންތަކާ ބެހޭ ފަންނު. —(ގިނަ ނަމެއްގެ ގޮތުގައި) ނ. އެއްޗެއް މަސައްކަތް ކުރާ ގޮތް، އެއްޗެއް އުފައްދާ ގޮތް.

mechanism

މެކެނިޒަމް. ނ. 1. މެޝިނެއް މަސައްކަތް ކުރާގޮތް. 2. އެކުގައި މަސައްކަތްކުރާ މެޝިނެއްގެ ބައެއް، ނުވަތަ އެއްކޮށް މަސައްކަތް ކުރާ އެހެން އެއްޗެއް. މެޝިނެއް އެކުލެވިފައިވާ ގޮތް. އާލަތް. 3. ނިޒާމެއްގެ ބައެއް. ކަމެއް ކުރާ/ހިނގާ ގޮތް. މ. the mechanism of government. 4. ދަތި ހާލަތަކާ ކުރިމަތިލާން އުޅުމުގައި ހުންނަ ގޮތެއް. She’s actually kind of insecure, and her rudeness is just a defence mechanism.

mechanize

މެކެނައިޒް. ކ. ކަމެއް ކުރަން، މެޝިންތައް ބޭނުންކުރާ ގޮތް ހެދުން. މެޝިނުން ކުރާ ގޮތް ހެދުން. mechanized army ޓޭންކްތަކާއި އަސްކަރީން އުފުލާ އުޅަނދުތައް ބޭނުންހިފާ ލަޝްކަރު. ނ. mechanization.

Med

މެޑް. ނ. ނުރަސްމީ ބަހުރުވައިން މެޑިޓަރޭނިއަން ކަނޑު.

medal

މެޑަލް. މެޑްލް. ނ. ވަކި މުނާސަބަތެއް ފާހަގަކުރުމަށް ނުވަތަ ކަމެއް ޙާޞިލްވުމުން ދޭ ލާރި ފޮއްޗެއް ފަދަ މަޢުދަން ކޮޅެއް. މެޑެލި.

medallion

މިޑެލިއަން. މިޑޭލިއަން. ނ. 1. ބޮޑު މެޑަލް އެއް. 2. ދޫލަ ފާޑުގެ ތަކެތީގައި ވަށްކޮށް ހުންނަ ބޮޑެތި ފަރުމާ/ކުރެހުން.

medallist

މެޑަލިސްޓް. މެޑްލިސްޓް. ނ. އިނާމެއްގެ ގޮތުގައި މެޑެއްޔެއް ލިބޭ މީހާ.

meddle

މެޑްލް. ނ. 1. ރުޅި އަންނަ ފާޑަކަށް ނުވަތަ ގެއްލުންދެނިވިގޮތަކަށް ތިމާއާ ނުބެހޭ ކަންތައްތަކާ ބެހުން (ނުފޫޒު ހިންގަން ނުވަތަ ބަދަލުކުރަން އުޅުން). 2. (މާބޮޑަށް ނުއެނގުނަސް) އެއްޗެއް މަރާމާތުކުރުމަށް ނުވަތަ ބަދަލުކުރުމަށް މަސައްކަތް ކުރުން. ނ. meddler.

meddlesome

މެޑްލްސަމް. ނއ. ނުބެހޭ ކަންތައްތަކާ ބެހޭ ހިތްވާ.

Mede

މީޑް. ނ. ބޯދާ ޒަމާނުގައި ފާރިސް ކަރައިގައި އުޅުނު މީހުންގެ ތެރެއިން މީހަކު. the law of Medes and Persians ބަދަލުނުވާ ޤާނޫނު.

media

މީޑިއާ. ނ. ބަލާ medium. މި ލަފުޒުގެ ޖަމްޢު. the media ޢާއްމުންނަށް މަޢުލޫމާތު ފޯރުކޮށްދޭ، ނޫހާއި ބްރޯޑްކާސްޓިން ފަދަ ވަސީލަތްތައް. މިއީ ގިނަ ނަމެއް ކަމުން މިއާ ގުޅިގެން އަންނަ ”ކަން“ ހުންނަން ޖެހޭނީ ގިނަ ގޮތަށް ފުރޮޅިފައެވެ. the media are (not is) influential. މީގެ އެއް ވަސީލަތަކަށް media ބޭނުންކުރުން ނުބައެވެ. އަދި ގިނަ ނަމަ medias މިހެން ބޭނުމެއް ނުކުރެވޭނެއެވެ.

mediaeval

މެޑީވަލް. ނއ. ބަލާ medieval.

medial

މީޑިއަލް. ނއ. މެދުގައިވާ. ދެކޮޅުގެ ދެމެދުގައިވާ. ކއ. medially.

median

މީޑިއަން. ނއ. މެދުގައިވާ. މެދުން ދާ. —ނ. އެއްޗެއްގެ މެދު ނުކުތާ، ލަކުނަ، ފާހަގަ.

mediate

މީޑިއޭޓް. ކ. 1. ދެމީހެއްގެ ނުވަތަ ދެ ޖަމާޢަތެއްގެ ދެމެދުގައި ޖެހިފައިވާ މައްސަލައެއް ޙައްލުކުރުމަށް، ދެމެދު ވާހަކަ ދެއްކުން. ދެބައެއްގެ ދެމެދުގައިވާ މައްސަލައެއް ހައްލުކުރުމަށް ވާސިތާއަކަށް ވުން. 2. މިގޮތުގެ މަތީން ޞުލްޙައަކަށް އާދެވުން. ނ. mediation. ނ. mediator.

medic

މެޑިކް. ނ. ނުރަސްމީ ބަހުރުވައިން މެޑިސިން ކިޔަވާ ދަރިވަރެއް ނުވަތަ ޑޮކްޓަރެއް.

medical

މެޑިކަލް. ނއ. (ސާޖަރީ ނުހިމެނޭގޮތަށް) ބައްޔާއި އޭގެ ފަރުވާ އާ ގުޅޭ ޢިލްމާ ބެހޭ. طِبِّيّ، ޞިއްހީ. medical examination ޞިއްޙަތުގެ ފެންވަރު ދެނެގަތުމަށް ޑޮކްޓަރަކު މީހަކު ބަލާ ބެލުން. —ނ. ނުރަސްމީ ބަހުރުވައިން، ބައްޔެއް ދެނެގަތުމަށް ކުރާ ޓެސްޓުތައް. ކއ. medically. medical practitioner ޑޮކްޓަރެއް ނުވަތަ ސާޖަން އެއް.

medicament

މެޑިކަމަންޓް. ނ. ބޭސް. އުނގުޅާ ބޭސް. ފަރުވާ އަކަށް ވާ އެއްޗެއް.

medicate

މެޑިކެއިޓް. ކ. 1. ބޭހެއް ބޭނުންކޮށްގެން ފަރުވާދިނުން. 2. ބޭހެއް އުނގުޅުން ނުވަތަ ހިމެނުން. މ. މަލަމުގައި. މ. medicated gauze. ނ. medication.

medicinal

މެޑިސިނަލް. ނއ. ބޭހަށް ނިސްބަތްވާ. ބަލިތައް ފަސޭހަރުކުރުވާ. ފަރުވާއަކަށްވާ. ކއ. medicinally.

medicine

މެޑިސިން. މެޑްސިން. ނ. 1. ތަފާތު ބަލިތަކާއި އޭގެ ބޭސްފަރުވާ އާ ބެހޭ ޢިލްމު. (އ) ދަވާއީ. 2. މި ކަން ސާޖަރީ ނުހިމަނައި. 3. ބޭސް. ބައްޔަކަށް (ޚާއްޞަކޮށް ކާ) ބޭހެއް. medicine-man ސިހުރުހާހޫރަ ހަދާ ބޭސްވެރިއެއް. take one’s medicine ކުރި ކުށަކަށް އަދަބު ލިބިގަތުން.

medico

މެޑިކޯ. ނ. (ގިނަ ނަމަ medicos). މެޑިސިން (ބޭސްވެރިކަން) ކިޔަވާ ދަރިވަރުން. ޑޮކްޓަރުން.

medieval

މެޑީވަލް. ނއ. މެދު ޒަމާނަށް (Middle Ages) އަށް ނިސްބަތްވާ. މީލާދީން 5 ވަނަ ޤަރުނާއި 15 ވަނަ ޤަރުނާ ދެމެދަށް ނިސްބަތްވާ.

mediocre

މީޑިއޮކަރ. ނއ. 1. ފެންވަރު މެދުމިން. 2. ރަނގަޅެއްވެސް ނޫން ނުބައެއް ވެސް ނޫން. 2. ދެވަނަ ދަރަޖަ. ނ. mediocrity.

meditate

މެޑިޓެއިޓް. ކ. 1. ދީނީ ހަރަކާތެއްގެ ގޮތުގައި ނުވަތަ ހިތްފަހިކުރަން މަޑުމައިތިރި ކަންކަމަށް ފިކުރު ހިންގުން. (ސ) ބާވަނާ ކުރުން. ތައައްމަލްކުރުން. 2. ބުއްދީގައި ފިކުރެއް ރޭވުން. ނ. meditation.

meditative

މެޑިޓޭޓިވް. ނއ. މަޑުމައިތިރި ޚިޔާލުތަކާ މެދު ވިސްނުވާ. ތައައްމަލް ހިމެނޭ. މ. For a few moments, the two men sat in meditative silence. —ކއ. meditatively.

Mediterranean

މެޑިޓަރެއިނިއަން. ނ. މެޑިޓަރެއިނިއަން ކަނޑާއި އެއާ ގުޅިފައިވާ ސަރަޙައްދުތަކަށް ނިސްބަތްވާ. —ނ. the Mediterranean Sea ޔޫރަޕާއި އުތުރު އެފްރިކާ އާ ދެމެދުގައިވާ ކަނޑު.

medium

މީޑިއަމް. (ގިނަ ނަމަ media ނަމަވެސް 7 ވަނަ މާނަ ނަމަ mediums) 1. މިންވަރެއްގެ، ދަރަޖައިގެ މެދުމިން. the happy medium ހިތްގައިމު ނޫން ދެކޮޅު ދޫކޮށް ރަނގަޅު މެދުމިން. 2. އެއްޗެއް ދަތުރުކުރާ ވެށި/އެތި. air is the medium through which sound travels. 3. ވެއްޓެއް. ވާސަ. 4. ފެން، ތެޔޮ ފަދަ، ކުލަ އުފެއްދުމަށް ކުލަކުނޑި އެއްކުރާ ދިޔަ. 5. ކަމެއް ކުރުމަށް ބޭނުންކުރާ ވަސީލަތް ނުވަތަ ވާސިތާ. މ. the use of television as a medium of advertising. (ބަލާ media). 6. ކުރެހުންތެރިއަކު ނުވަތަ ބުދުހަދާ މީހަކު އެކަން ކުރުމަށް ބޭނުންކުރާ މައިގަނޑު އެތި. މ. ހިރިގައު، ސަންގުމަރުމަރު ހިލަ. 7. މަރުވެފައިވާ މީހުންނާ ވާހަކަ ދެކެވޭ ކަމަށް ޤަބޫލުކުރާ މީހުން ”ގެންނަ“ ރޫޙް. —ނއ. ދެމެދު މިންވަރުގެ. އެވަރިޖް. މެދުމިންވަރުގެ. medium wave 100 މީޓަރާއި 1 ކިލޯ މީޓަރާ ދެމެދުގެ ރޭޑިއޯ ވޭވް ނުވަތަ ދަގަތްފާނީ އިލެކްޓްރިކް ރާޅު.

mediumistic

މީޑިއަމިސްޓިކް. ނއ. ރޫޙާނީ ތަކެއްޗަށް ނިސްބަތްވާ. ރޫޙީ ވާސިތާ ތަކާ ގުޅޭ.

medlar

މެޑްލަރ. ނ. 1. ކުނިވާން ނުފަށަނީސް ކާންކަމުނުދާ ކުޑަ މުށިކުލައިގެ އާފަލު ވައްތަރުގެ މޭވާއެއް. 2. މި އަޅާ ގަސް.

medley

މެޑްލީ. ނ. (ގިނަ ނަމަ. medleys). 1. ބާވަތްބާވަތުގެ އެއްޗެތިތަކެއް މަސްހުނިކޮށްފައިވާ (މެކުކޮށްފައިވާ) އެއްޗެއް. 2. އެކި ފަރާތްތަކުގެ މިޔުޒިކް ގުޅުވައިގެން ކުޅޭ މިޔުޒިކް.

meek

މީކް. ނއ. އިދިކޮޅަށް ވާހަކަ ނުދައްކާ، މަޑުމައިތިރި އަދި ކިޔަމަންތެރި. ޙަލީމް. ވަދީޢު. (ސ) ނިހަތަމާނީ. ކއ. meekly. ނ. meekness.

meerschaum

މީރުޝަމް. ނ. ދުންބޯ ކަށިގަނޑެއް. މި ކަށިގަނޑުގެ އާދަޔާ ޚިލާފުކަމަކީ މަށިން އޭގެ ދުންފަތް އަނދާތަން ހަދާފައި ހުންނަ ކަމެވެ.

meet

މީޓް. ނއ. (ބޯދާ). އެކަށީގެންވާ. ކަމުދާ.

meet

މީޓް. ކ. (met, meeting) 1. އިޖްތިމާޢީ ބޭނުމަކަށް ނުވަތަ މަޝްވަރާއަކަށް ނުވަތަ އެހެންވެސް ކަމަކަށް ދިމާވުން/ބައްދަލުވުން. ދިމާކުރުން/ބައްދަލުކުރުން. 2. އެކަތި އަނެއް އެއްޗާ ޖެހުން، ބީހުން. 3. ވަކި ތަނަކަށް އަންނަ އިރަށް ހާޒިރުވުން. I will meet your train. 4. މީހަކަށް ތައާރަފުވުން، މީހަކާ ރައްޓެހިވުން. 5. މުބާރާތެއްގައި ނުވަތަ ހަނގުރާމައެއްގައި ކުރިމަތިލުން، މުޤާބަލާ ކުރުން. 6. މީހަކާ ކަމެއް ކުރިމަތިވުން. ތަޖުރިބާކުރެވުން، ލިބިގަތުން. މ. met with difficulties, met his death. 7. މައްސަލައެއް ފަދަ ކަމަކާ ދިމާވުން، ކުރިމަތިލުން. އެދޭކަމެއް ފުދުން. ދަރަންޏެއް އަދާކުރުން. —ނ. ބައްދަލުވުމެއް، ޖަލްސާއެއް. މުބާރާތަކަށް ކުޅުންތެރީން، ރޭސްޖަހާ މީހުން ފަދަ މީހުން އެއްވާ އެއްވުމެއް. meet a person half way އޭނާ އެދޭ ކަންކަމަށް މެދުމިންވަރަކަށް އިޖާބުދިނުން. meet the case ފުދޭވަރުވުން، އެކަށީގެންވުން. meet the eye/ear ފެނުން/އިވުން. there is more in it than meets the eye އެކަމުގައި ފެންނަ ގޮތާ ޚިލާފަށް ފޮރުވިފައިވާ އެތައް މައްސަލަތަކާއި ސިފަތަކެއް ވެއެވެ. meet a person’s eye ތިމާއާ ދިމާއަށް ބަލާ މީހެއްގެ ލޮލަށް ބެލުން. meet up with ނުރަސްމީ ބަހުރުވައިން (މީހަކާ) ބައްދަލުކުރުން.

meeting

މީޓިން. ނ. 1. ބައްދަލުވުމެއް. މުލާޤާތު. މުޤާބަލާ. ރެސް. 2. ކަމެއް މަޝްވަރާކުރުމަށް ވާ އެއްވުމެއް. ކްއޭކަރ މަޒުހަބުގެ ނަޞާރާއިންގެ އަޅުކަން ކުރާ ޖަމާޢަތް. meeting-place ބައްދަލުވުމަށް ކަނޑައަޅާފައިވާ ތަން.

mega-

މެގަ. )ލަފުޒުގެ ކުރިއަށް އެއްކުރާ އަކުރެއް.( 1. ވަރަށް ބިޔަ. 2. އެއް މިލިއަން. މ. އެއް މެގަވޮޓް.

megacycle

މެގަސައިކްލް. ނ. 1. ސިކުންތަކު އެއް މިލިއަން ސައިކްލް ނުވަތަ ބުރު. މިއީ ފްރީކްއެންސީ ގުނާ މިންގަނޑެކެވެ. 2. ނުރަސްމީ ބަހުރުވައިން މެގަހާޓްޒް.

megadeath

މެގަޑެތް. (ތ ސުކުން ކިޔާނީ ފިއްތި އަޑުން). ނިޔުކްލިއަރ ހަނގުރާމައިގައި މީހުން މަރުވާ މިންވަރު ހިސާބުކުރަން ބޭނުންކުރާ ޖިންސްއެއް. މި ޖިންސްގައި 1 މެގަޑެތަކީ 1 މިލިއަން މީހުންނެވެ.

megahertz

މެގަހާޓްޒް. ނ. ފްރީކްއެންސީ ބަލާ ޖިންސްއެއް. 1 މެގަހާޓްޒް އަކީ 1 މިލިއަންހާޓްޒް އެވެ.

megalith

މެގަލިތް (ތ ސުކުން ކިޔާނީ ފިއްތި އަޑުން) ބޯދާ ޒަމާނުގައި ޒިޔާރަތް ބިނާކުރުމަށާއި އެފަދަ ކަންކަމުގައި ބޭނުންކުރި ބޮޑެތި ހިލައެއް. ނއ. megalithic.

megalomania

މެގަލޮމޭނިއާ. ނ. 1. މީހަކަށް އެމީހަކީ މާ މުހިއްމު މީހެއް ކަމަށް ފެންނަ ނަފްސާނީ ބައްޔެއް. 2. ވަރަށް ބިޔަކޮށް ފުޅާކޮށް ކަންކަން ކުރަން ބޭނުންވާ މީހެއް.

megaphone

މެގަފޯން. ނ. ވާހަކަ ދައްކާ މީހަކު ބޭނުންކުރާ ދުރަށް އަޑު ދާ ތާޅަފިލި. މީގެ ފަހުގެ ތަކެތި މަސައްކަތްކުރަނީ އިލެކްޓްރޮނިކްސް އިންނެވެ.

megaton

މެގަޓަން. ނ. އެއްޗެއް ގޮވާ މިންވަރު ގުނާ ޖިންސެއް. މިއީ އެއް މިލިއަން ޓަނުގެ ޓީއެންޓީ ގެ ގޮވުމާ އެއްވަރުގެ ޖިންސެކެވެ. ޓީއެންޓީ އަކީ ގޮވާ ކެމިކަލެކެވެ.

melamine

މެލަމީން. ނ. ހަރު ޕްލްސްޓިކް އެއް. ދިވެހީން ފޮމިކާ ކިޔާ ޕްލާސްޓިކަކީ މިއީއެވެ.

melancholia

މެލަންކޮލިއާ. ނ. ފިކުރުން އުފެދޭ ހިތާމަ. ނއ. melancholic.

melancholy

މެލަންކަލީ. ނ. 1. މޮޅިވެރިކަން. ފިކުރުން އުފެދޭ ހިތާމަ. 2. ހިތާމައާއި މޮޅިވެރިކަމުގެ މާހައުލެއް. (ޢ) ކާބަ. —ނއ. ދެރަވެފައި، މޮޅިވެފައި.

mélange

މެލާންޒް. ނ. ތަފާތު މީހުންގެ ޖަމާޢަތެއް. ތަފާތު އެއްޗެތި މަސްހުނިކޮށްފައިވާ އެއްޗެއް. މެކުނި. މިކްސްޗަރ އެއް. މ. Her book presents an interesting mélange of ideas.

melanin

މެލަނިން. ނ. ހަމާއި އިސްތަށީގައި ކުލަ ޖެހޭ ހަމުގައި ހުންނަ ޤުދްރަތީ މާއްދާ. މި ގިނަވި ވަރަކަށް ހަންގަނޑު ކަޅުވާނެއެވެ.

Melba toast

މެލްބާ ޓޯސްޓް. ނ. ތުނިކޮށް ކަފާފައި ހަރުވަންދެން ފިހެފައި ހުންނަ ޕާން.

melee

މެލޭ. މެލައި. ނ. މީހުން އެކި ދިމަދިމާއަށް ދުވެހަދާ، ތަޅާފޮޅާ ކޮންޓްރޯލެއް ނެތް އަޑުގަދަ ބައިގަނޑެއް. ގަޑުބަޑެއް.

mellifluous

މެލިފުލުއަސް. ނއ. އަޑުއަހަން ހިތްގައިމު. (ފ) ޝީރީން.

mellow

މެލޯ. ނ. 1. މަޑު، އޮމާން، ގަދައެއް ނޫން، އަލެއް ނޫން. mellow flavours/sounds/light. 2. މަޑުމައިތިރި، ހިތްގައިމު، ހަރުކައްޓެއް ނޫން. ކުލަނަމަ، ތަފާތުކަން ކުޑަ mellow atmosphere/mood. 3. ދޮށިވުމުގެ ސަބަބުން ނުވަތަ ތަޖުރިބާގެ ސަބަބުން އޯގާތެރިވެ، ރަޙްމުކުރާ. 4. މަޖާ. އެކުގައި އުޅެން ފަސޭހަ. —ކ. މިގޮތް ހެދުން ނުވަތަ ވުން. ކއ. mellowly. ނ. mellowness.

melodic

މިލޮޑިކް. ނއ. ރާގަށް ނިސްބަތްވާ.

melodious

މިލޯޑިއަސް. ނއ. އަޑުއަހަން ހިތްގައިމު. ކއ. melodiously.

melodrama

މެލޮޑްރާމާ. ނ. 1. ޙަޤީޤަތަށް ވުރެ މާ އަސަރުކުރާކަމަށް ހެދިގެން ކުޅޭ ތަމްސީލް، ފިލްމު. މިގޮތަށް ހުންނަ ވާހަކަ. 2. މިފަދަ އަޞްލު ހާދިސާއެއް. ނއ. melodramatic. ކއ. melodramatically.

melody

މެލަޑި. ނ. 1. ހިތްގައިމު މިޔުޒިކް. މިޔުޒިކްގައި ރާގަށް ބަރާބަރަށް ފެތޭފެތުން. 2. މިޔުޒިކީ ރާގު ނުވަތަ ލަވަ. Old Maldivian melodies. 3. އެމުނިއެކުލެވިފައިވާ މިޔުޒިކްގައި ވަކި ރާގެއްކަން އެންމެ ބޮޑަށް އަންގައިދޭ ބަދަލުވަމުންދާ އަޑުތައް.

melon

މެލަން. ނ. ކަރާފާޑުގެ ވެލުގައި އަޅާ ފޮނި ވައްތަރުތައް. water melon ކަރާ. honeydew melon މަންނާ ކަރާ. rock melon ހިރިކަރާ.

melt

މެލްޓް. ކ. 1. ހޫނުކޮށްގެން ވިރުވުން، ދިޔާކުރުން. 2. (ކާނާއާ މެދު) ފަސޭހައިން ދިޔާވުން ނުވަތަ މަޑުވުން. މ. it melts in the mouth. 3. ލޯބިން ނުވަތަ ސަހަރޯވެރިވެގެން އޯގާތެރިވުން ނުވަތަ މައިތިރިކުރުވުން. 4. ފޭދިގެން ދިއުން. ކުޑަވެ ގެއްލިގެން ދިއުން. އެހެން އެއްޗަކަށް ބަދަލުވުން. one shade of colour melted into another. 5. (ނުރަސްމީ ބަހުރުވައިން، މީހަކާ މެދު) ފާހަގަނުވާ ގޮތަށް މަޑުމަޑުން ދުރަށް ދިއުން. melt down މުޅިން ވިރުން. އެހެން ބޭނުމެއް ކުރުމަށް މަޢުދަން ތަކެތި ވިރުވައިލުން. melting-point ނ. ހަރު، ގަނޑު އެއްޗެއް ވިރޭ ހޫނުމިން. melting-pot ނ. ތަކެތި މަސްހުނިވެ އައު ތަކެތި އުފެދޭ ޙާލަތެއް ނުވަތަ ތަނެއް. all our ideas must go back into the melting-pot.

melton

މެލްޓަން. ނ. އޯވަރކޯޓު ފަހަން ބޭނުންކުރާ ކެހެރި ފޭރާމެއް.

member

މެންބަރ. ނ. 1. ގްރޫޕަކަށް ނުވަތަ ޖަމާޢަތަކަށް ނިސްބަތްވާ މީހެއް ނުވަތަ އެއްޗެއް. 2. ރައްޔިތުންގެ ތަފާތު މަޖިލިސްތަކުގެ މެންބަރެއް. މެންބަރު. Member of Parliament ވަކި ދާއިރާއަކުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރެވޭ މީހެއް. —ނ. membership މެންބަރުންގެ ޢަދަދު. މެންބަރަކަށް ވުމުގެ ޙާލަތު.

membrane

މެމްބްރޭން. ނ. ޖަނަވާރާއި ގަސްގަހާ ގެހީގެ ގުނަވަންތަކުގެ ބޭރުގައިވާ ތުނި ފަހެލި ދުއްޔެއް.

memento

މިމެންޓޯ. މެމެންޓޯ. ނ. ހަނދާނެއް. ކަމެއްގެ، މީހެއްގެ، ތަނެއްގެ ހަނދާނަކަށް ވާ އެއްޗެއް.

memo

މެމޯ. ނ. (ގިނަ ނަމަ memos). ނުރަސްމީ ބަހުރުވައިން މެމަރަންޑަމް.

memoir

މެމްވާ. ނ. މީހަކު ތަޖުރިބާކޮށްފައިވާ ކަންތައްތަކުގެ ބަޔާނެއް. ދަންނަ މީހެއްގެ ޙަޔާތާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުމެއް.

memorable

މެމަރަބްލް. ނއ. ހަނދާންކުރަން ލާއިޤް. ފަސޭހައިން ހަނދާން ހުންނަ. ކއ. memorably. ނ. memorability.

memorandum

މެމަރަންޑަމް. ނ. (ގިނަ ނަމަ memoranda). މުސްތަޤްބަލްގެ ބޭނުމަށް ހަނދާނެއްގެ ގޮތުގައި ލިޔާ ނޯޓެއް ނުވަތަ ރެކޯޑެއް. ހަނދާނީ ލިޔުމެއް. 2. މުއައްސަސާއެއްގައި އެކަކުގެ ފަރާތުން އަނެކަކަށް ފޮނުވާ ލިޔެފައިވާ ނުރަސްމީ ނޯޓެއް.

memorial

މެމޯރިއަލް. ނ. މީހެއްގެ ނުވަތަ ކަމެއްގެ ހަނދާނުގައި ޤާއިމްކުރާ ކަމެއް، އާދައެއް ނުވަތަ މުއައްސަސާއެއް. —ނއ. ހަނދާނީ. ހަނދާނެއްގެ ގޮތުގައި.

memorize

މެމަރައިޒް. ކ. ހަނދާންކުރުން. ހިތުދަސްކުރުން.

memory

މެމަރީ. ނ. 1. ތަކެތި ފިކުރުގައި، ހަނދާނުގައި ބެހެއްޓުމުގެ ޤާބިލްކަން ނުވަތަ ތަކެތި ހަނދާންކުރުމުގެ ގާބިލްކަން. މޭދާ. 2. ހަނދާން ހުންނަ ހުރުން. ހަނދާން ހުރި އެއްޗެއް. memories of childhood، of happy memory = އުފަލާއެކު ހަނދާކުރާ. 3. ހަނދާން ހުންނަ މުއްދަތު. within living memory. 4. ކޮމްޕިއުޓަރ ޢިލްމުގައި store (4 ވަނަ މާނަ). ތަކެތި ފަހުން ބޭނުންކުރުމަށް ގުދަން ކުރާ އެތި/ތަން. from memory ލިޔުމެއް ފަދަ އެއްޗެއް ބޭނުން ނުކޮށް ހަނދާނަށް ގެނައުން. in memory of ޙުރުމަތާއެކު ހަނދާންކުރާ މީހެއްގެ ޝަރަފުގައި.

men

މެން. ބަލާ man.

menace

މެނިސް. މެނަސް. ނ. 1. ނުރައްކަލެއް/ގެއްލުން ދެނިވި އެއްޗެއް. 2. ރުޅި ގެނުވާ، އުނދަގޫކުރާ މީހެއް ނުވަތަ އެއްޗެއް. —ކ. ގެއްލުން ދޭނެކަމަށް ބުނެ ބިރުދެއްކުން. ކއ. menacingly.

ménage

މިނާޒް، މޭނާޒް. ނ. ގެއެއްގައި ދިރިއުޅޭ މީހުން. ގޭބިސީ. ménage à trois [މެނާޒް އާ ޓްރަވާ] ދެމަފިރިންނާއި މިއިން އެކަކުގެ ލޯބިވެރިއެއް އެކުގައި ދިރިއުޅޭ ބިސީއެއް.

menagerie

މިނަޖަރީ. މެނަޖަރީ. ނ. މީހުންނަށް މައުރަޒުކުރަން ގެންގުޅޭ ޢާއްމުނޫން ޖަނަވާރުތަކެއް.

mend

މެންޑް. ކ. 1. ހަލާކުވެފައިވާ އެއްޗެއް އަލުން ހެދުން. މަރާމާތުކުރުން. 2. ކުރިއަށް ވުރެ ރަނގަޅުވުން ނުވަތަ ރަނގަޅު ކުރުން. އިޞްލާޙްކުރުން. mend one’s manners އުޅުން ރަނގަޅުކުރުން. mend matters ކަންކަން އިޞްލާޙް ކުރުން. —ނ. މަރާމާތުކޮށްފައިވާ ތަނެއް. on the mend ޞިއްހަތު ނުވަތަ ޙާލަތު ރަނގަޅުވަމުން އައުން.

mendacious

މެންޑޭޝަސް. ނއ. ތެދުނުބުނާ، ދޮގުހަދާ. (ޢ) ކާޒިބު. ކއ. mendaciously. ނ. mendacity. Politicians are often accused of mendacity.

mender

މެންޑަރ. ނ. ތަކެތި މަރާމާތުކުރާ މީހާ.

mendicant

މެންޑިކަންޓް. ނއ. ސަލާންޖަހަމުން ހިނގާ. mendicant friars ސަލާންޖެހުމުން ލިބޭ އެއްޗަކުން ދިރިއުޅޭ ނަޞާރާދީނުގެ މީހުން. މިއީ އެދީނުގެ ވަކި މަޒުހަބެއް. —ނ. ސަލާންޖަހާ މީހެއް. މިފަދަ ނަޞާރާދީނުގެ މީހެއް.

mending

މެންޑިން. ނ. މަރާމާތުކުރަން ހުރި ހެދުން ފަދަ ތަކެތި.

menfolk

މެންފޯކް. ނ. ޢާއްމު ނަމެއްގެ ގޮތުގައި ފިރިހެނުން. އާއިލާއެއްގެ ފިރިހެނުން.

menhir

މެންހިއަރ. ނ. ބޯދާ ޒަމާނުގައި ތަންތަނުގައި ކޮޅަށް ޖަހާފައި ހުންނަ ތެދު ބޮޑު ގަލެއް.

menial

މީނިއަލް. ނއ. ފޫހި، ވަރުބަލިވާ ދަށް ފެންވަރުގެ (މ. މަސައްކަތް). menial tasks. —ނ. (ދެރަބަހުރުވައިން) ޚާދިމެއް. ދަށް ފެންވަރުގެ މަސައްކަތްކުރާ މީހެއް.

meninges

މިނިންޖީޒް. ނ. ސިކުނޑީގެ ވަށައިގެންވާ ދުލި. މައިބަދައިގެ ތެރެއިންދާ ސިކުނޑީގެ ”ވަލުގެ“ ވަށައިގެންވާ ދުލި. meningitis މި ދުލި ދުޅަވުން.

menopause

މެނަޕޯޒް. ނ. މުސްކުޅިވުމުގެ ސަބަބުން އަންހެނަކަށް މައްސަރުކަންތައް ޖެހުން ހުއްޓޭ ދުވަސްވަރު. ނއ. menopausal.

menses

މެންސަސް. ނ. މައްސަރު ދުވަސްވަރު ކުރިމަތި ފަރާތުން ނުކުންނަ ލެޔާއި އެހެން ދިޔަ. ޙާއިޟު.

menstrual

މެންސްޓްރުއަލް. ނއ. ޙައިޟުގެ ދުވަސްވަރަށް، ނުވަތަ އެކަމަށް ނިސްބަތްވާ.

menstruate

މެންސްޓްރުއޭޓް. މެންސްޓްރުއެއިޓް. ކ. ގާތްގަނޑަކަށް ކޮންމެ މަހަކު، ފުރާވަރުން ފެށިގެން މެދު އުމުރުފުރަޔާ ހަމައަށް، އަންހެނުންގެ ކުރިމަތި ފަރާތުން ލެއާއި ދިޔަ ނުކުތުން. ނ. menstruation.

mensuration

މެންސިއުރޭޝަން. ނ. ވަޒަންކުރުން، މިންކުރުން. އޭރިއާ އާއި ކޮޑިމިން ބަލާ ހިސާބުގެ ހަމަތައް.

menswear

މެންސްވެއަރ. ނ. (ފިހާރަތަކުގައި ހުންނަ) ފިރިހެނުންގެ ހެދުންފޭރާން.

mental

މެންޓަލް. ނއ. 1. ފިކުރަށް ނިސްބަތްވާ. ބުއްދިއަށް ނިސްބަތްވާ. ބުއްދީގެ. ބުއްދީގައިވާ. ބުއްދިން ކުރާ. ފިކުރުގެ. ޢަޤްލީ. ނަފްސާނީ. mental arithmetic ހިތު ހިސާބު. 2. )ނުރަސްމީ ބަހުރުވައިން( މޮޔަ. ނަފްސާނީ ބައްޔެއް ޖެހިފައިވާ. ކއ. mentally. mental age މީހެއްގެ ފިކުރުގެ ދޮށިކަން. މި ބަލަނީ އެވަރިޖް މީހެއްގެ މި ފިކުރީ ފެންވަރު ހުންނަ މީލާދީ ޢުމުރަށް ނިސްބަތްކޮށެވެ. mental deficiency ނަފްސާނީ ސަބަބުތަކަކާ ހެދި ޢާއްމު ބުއްދި އުނިވެފައިވުން. mentally deficient ބުއްދި މުޅިން ހަމަ ނޫން. mental home/hospital ނަފްސާނީ ބަލިޖެހިފައިވާ މީހުންނަށް ފަރުވާދޭ ތަނެއް.

mentality

މެންޓަލިޓީ. ނ. މީހެއްގެ ފިކުރީ ހުނަރުވެރިކަން. ކަމަކާ މެދު ވަކި މީހަކަށް ޚާއްޞަ ފިކުރު (އެ މީހާ އެކަމާ މެދު ހުންނަ ފިކުރު).

menthol

މެންތޯލް. މެންތަލް. ނ. ވެލެއް ގޮތަށް ދުވާ ގަހެއްގެ ތެލުން އުފައްދާ ބޮޑުއާވި ފަދަ މާއްދާއެއް. ތެޔޮ ފިނިކުރުމުން މި ހުދު ހަރު ކުޑިއަށް ވުމުންފުރާނައެވެ. މިއީ ތަދުމަޑުކުރުވާ، އަދި ނޭވާލުން ލުއިކުރާ އެއްޗެކެވެ. މި ޒަމާނުގައި ކެމިކަލުން މި އުފައްދައެވެ. ކއ. މެންތަލް އަޅައިފައި mentholated.

mention

މެންޝަން. ކ. ތަފްޞީލްނުދީ ކުރުކޮށް ލިޔުން ނުވަތަ ބުނުން. އެއްޗަކަށް، މީހަކަށް އިޝާރާތްކޮށް ބުނުން. ދައްކާ ވާހަކައެއްގައި ނަން ގެނައުން/ގަތުން. My wife mentioned seeing you the other day. —ނ. ނަންގަންނަ ގަތުން. don’t mention it ޝުކުރުވެރިވާކަން ބުނުމުން ނުވަތަ މަޢާފަށް އެދުމުން ބުނާ އަދަބުވެރި ޖަވާބު. not to mention = އިތުރަށް އަނެއް މުހިއްމު (ކަން/އެތި).

mentor

މެންޓަރ. ނ. އިތުބާރުކުރެވޭ ނަޞޭޙަތްތެރިއެއް. މުރުޝިދު.

menu

މެންޔޫ. ނ. 1. ކެއުމަށް ގެންނާނޭ ކާނާގެ ލިސްޓު. ހޮޓަލެއްގައި ވިއްކަން ހުންނަ ކާނާގެ ލިސްޓު. 2. ކޮމްޕިއުޓަރު ޕްރޮގްރާމްތަކުގައި ބޭނުންކުރާ މީހާއަށް އިޚްތިޔާރުކުރެވިދާނެ ކަންތައްތަކުގެ ލިސްޓު.

MEP

ކުރުކޮށް Member of the European Parliament.

mercantile

މާކެންޓައިލް. ނއ. ވިޔަފާރިކުރާ. ވިޔަފާރިއާއި ވިޔަފާރިކުރާ މީހުންނާ ބެހޭ. ތިޖާރީ. mercantile navy ޤައުމެއްގެ ނާލުބޯޓު ފަހަރުތައް.

mercenary

މާސިނަރި. ނއ. 1. ހަމައެކަނި ފައިސާއަށް ނުވަތަ އެހެންވެސް އުޖޫރައަކަށް ޚިދްމަތްދޭ. 2. ހަނގުރާމައެއްގައި، ކުއްޔަށް ހިފާފައިވާ. (ސިފައިން) —ނ. ކުލީ ސިފައިންގެ މީހެއް. ކުލީހެވިން.

mercerized

މާކަރައިޒްޑް. ނއ. އޮފު ގަދަކުރުމަށާއި ކުލަ ޖެއްސުމަށް ފަސޭހައަކަށް އަދި ގަދަކުރުމަށް ސޯޑިއަމް ހައިޑްރޮކްސައިޑް އަށް ލާފައިވާ (އުއި ނުވަތަ ފޭރާން).

merchandise

މާޗެންޑައިސް، މާޗެންޑައިޒް. ނ. ވިއްކަން ހުންނަ މުދާ. ގަނެވިއްކާ ތަކެތި. —ކ. 1. ގަނެވިއްކުން. ވިޔަފާރިކުރުން. 2. ވިޔަފާރި ކުރިއެރުވުން.

merchant

މާޗަންޓް. ނ. 1. ގަނޑުކޮށް ތަކެތި ވިއްކާ ވިޔަފާރިވެރިޔާ. 2. (އެމެރިކާ ބަހުރުވައިން) ވަކިވަކީން ތަކެތި ވިއްކާ މީހާ. 3. ކަމަކަށް ވަރަށް ފޯރިހުންނަ މީހާ. މ. speed merchants. merchant bank ވިޔަފާރިވެރިންނަށް ލޯނުދޭ ބޭންކް. merchant navy ނާލަށް ތަކެތި އުފުލާ އާގުބޯޓު ފަހަރު. merchant ship ވިޔަފާރިމުދާ އުފުލާ ބޯޓު ފަހަރު.

merchantable

މާޗަންޓަބްލް. ނއ. ވިއްކިދާނެ. މީހުން ގަނެފާނެ.

merciful

މާސިފުލް. ނ. 1. އެމީހުންގެ ބާރުގެ ދަށުގައިވާ މީހުންނަށް އޯގާތެރި، މަޢާފުކުރާ. ރަޙީމްވަންތަ. (ސ) ދަޔާވަންތަ. 2. ތަދު، ވޭން ލުއިކުރާ. ދަތިން ސަލާމަތްކުރާ. މ. merciful death. ކއ. mercifully ރަޙީމްވަންތަ ގޮތަކަށް. ރަޙްމާއެކު. (ނުރަސްމީ ބަހުރުވައިން) ޙަމްދުހުރި.

merciless

މާސިލަސް. ނއ. ރަޙުމްކުޑަ. ބޭރަޙްމް. ކއ. mercilessly.

mercurial

މާކިޔުރިއަލް. ނއ. 1. މާކަރީ (ދިރޭރަހަ) އިން ނުވަތަ އޭގެ. އެއަށް ނިސްބަތްވާ. 2. އަވަސް އަވަހަށް ބަދަލުވާ. މ. mercurial mood swings. 3. ވިސްނުންތެރި، ފޯރިހުރި، އަވަސް. a mercurial mind/wit.

mercury

މާކަރީ. ނ. ބައެއް ކަހަލަ ހޫނުމިންބަލާ ކަށިގަނޑުފަދަ ތަކެތީގައި ބޭނުންކުރާ ބަރު، ރިހިކުލައިގެ މަޢުދަން ދިޔައެއް. ދިރޭ ރަހަ. ނއ. މާކިޔުރިކް. mercuric.

mercy

މާސި. މާސީ. ނ. 1. ތިމާގެ ބާރު އޮތް ފަރާތަކަށް، ކުށެއްކުރިމީހަކަށް ނުވަތަ އަދާވާތްތެރިއަކަށް އަދަބު ނުވަތަ އަނިޔާ ދިނުމުން އެއްކިބާވާ ސިފަ. ރަޙުމް. ރަޙްމަތު. (ސ) ދަޔާވަ. 2. މި ގޮތަށް އުޅުން ބެހެއްޓުމުގެ އަޚްލާޤް. a tyrant without mercy. 3. ރަޙުމް ކުރުމުގެ ޢަމަލެއް. ޝުކުރުވެރިވާންވީ ކަމެއް. it is a mercy no one was killed. —(ކުއްލިއަކަށް ބުނާ ލަފުޒެއް) ހައިރާންވެގެން ނުވަތަ ބިރުން ބުނާ ޢިބާރާތެއް: mercy on us!. at the mercy of މުޅީން ވަކި ފަރާތެއްގެ ބާރުގެ ދަށުގައި. އެ ފަރާތަކުން ގެއްލުމެއް ނުރައްކަލެއް ކުރިމަތިވެދާނެ ޙާލަތެއްގައި. mercy killing ރަޙްމުކުރުމުގެ ގޮތުން މަރައިލާ މަރައިލުން. ބަލާ euthanasia.

mere

މިއަރ. ނ. ބަޔާންކޮށްފައިވާ އެއްޗަށް ވުރަ ގިނަ ނުވަތަ ރަނގަޅު ނޫން. މި ލަފުޒު ބޭނުންކުރަނީ އެއްޗެއް ބޮޑު/މުހިއްމު ނޫންކަމަށް ބުނަން. It cost a mere 20 dollars. mere words ހަމައެކަނި ބުނާ ބަސްތަކެއް، ޢަމަލެއް ނޫން. ޙާލަތެއްގެ އާދަޔާ ޚިލާފުކަން ފާހަގަކުރަން ނުވަތަ އެއްޗަކާ މެދު މީހަކު ދެކޭ ގޮތް ވަރަށް ފުންކަން ހާމަކުރަން. މ. People became excited at the mere mention of his name. it is no mere theory = އެއީ ހަމައެކަނި ނަޒަރިއްޔާ އެއް ނޫން. ކއ. merely. ނއ. merest ވަރަށް ކުޑަ. މުހިއްމު ނޫން. މ. the merest trace of colour.

mere

މިއަރ. ނ. ކޯރުން ފެންއެޅޭ ބޮޑު ޤުދްރަތީ ވެވެއް. (ސ) ވިލަ. ކުޅި.

meretricious

މެރިޓްރިޝަސް. ނއ. ބަލައިލާން ހިތްގައިމު ނަމަވެސް އަގެއް ނެތް. އިޚްލާޞްތެރިކަމެއް ނެތް. މ. meretricious souvenirs for the tourist trade.

merganser

މާރގެންސަރ. ނ. މަސް ކައިއުޅޭ ފީނާ އަސްދޫންޏެއް.

merge

މާޖް. ނ. 1. އެކައްޗަކަށް، އެކަތިގަޑަކަށް އެއްވުން، މެކުވުން. މިހެން ހެދުން. the two companies merged; were merged. 2. އެހެން އެއްޗަކަށް މަޑުމަޑުން ބަދަލުވުން، އެއްޗަކާ ގުޅި ލާމެހިގެން ދިއުން. in his mind reality and fantasy merged.

merger

މާޖަރ. ނ. ދެ ކުންފުނި އެއްކޮށްލައި އެއް ކުންފުންޏަކަށް ހަދާ ހެދުން.

meridian

މެރިޑިއަން. ނ. ދުނިޔޭގެ ބިމުގެ އުތުރު ތަނޑިން ފެށިގެން ދެކުނު ތަނޑިއަށް، ބިމުގެ ވަކި ތަނަކުން ދާ ގޮތަށް ދަމާލާ ޚިޔާލީ ރޮނގެއް. ޚައްޠުއްޠޫލް. މި ރޮނގުތަކަށް ލޮންޖިޓިއުޑް (longitude) މިހެންވެސް ކިޔައެވެ. އިނގިރޭސި ވިލާތުގެ ގްރީނިޗް އިން ދާ ރޮނގަކީ، ބައެއް ހިސާބުތައް ކުރުމުގެ 0 ޑިގްރީ މެރިޑިއަން ކަމަށް ބަލައެވެ. the meridian of Greenwich.

meringue

މެރޭން. ނ. 1. ހަކުރާއި ކުކުޅުބިހު ލޮނދި އެއްކޮށްގެން ހަދާ ކާއެއްޗެއް. 2. މިއިން ފިހާ ކޭކު.

merino

މެރީނޯ. ނ. 1. ހިމަ މަޑު ކެހެރި ހުންނަ ކަންބަޅިއެއް. 2. މީގެ އުއި ނުވަތަ ފޭރާން.

merit

މެރިޓް. ނ. 1. ސަނާ ކިޔުން ޙައްޤުވާ، ރަނގަޅު ފެންވަރު. Her ideas have merit. 2. ސަނާ ކިޔުން ޙައްޤު ސިފައެއް ނުވަތަ ފެންވަރެއް. judge it on its merits އޭގެ ޠަބީޢީ ފެންވަރަށް ބަލައި ވަޒަން ކުރާށެވެ. —ކ. (merited, meriting) ޙައްޤުވުން.

meritocracy

މެރިޓޮކްރެސީ. ނ. 1. ކޮންމެވެސް މިންގަނޑަކުން ބަލައިގެން ފާހަގަކުރެވޭ ވަރަށް ވިސްނުން ތޫނު ހުނަރުވެރި މީހުން ހިންގާ ސަރުކާރެއް ނުވަތަ އެފަދަ މީހުންގެ ކޮންޓްރޯލް. 2. މި މީހުން.

meritorious

މެރިޓޯރިއަސް. ނއ. ސަނާކިޔުން ޙައްޤުވާ. މެރިޓް ހިމެނޭ. ތަޙްސީން ޙައްޤު.

mermaid

މާމެއިޑް. މަރމެއިޑް. ނ. ކުޑަކުދީންގެ ވާހަކަތަކުގައި އުނަގަނޑުން ތިރީކޮޅު މަހެއްގެ ގޮތުގައި، މަތީކޮޅު ޒުވާން އަންހެނެއްގެ ގޮތުގައި ފެންނަ ޖަނަވާރެއް. ކަނޑުޕަރީ. mermen މީގެ ފިރިހެން ވައްތަރު.

merry

މެރީ. ނއ. (merrier, merriest) 1. އުފާވެރި، މަޖާ. (ޢ) މަރަޙަ. އާނަންދަ. ޙަރަކާތްތެރި، ދިރުން ހުރި. 2. ނުރަސްމީ ބަހުރުވައިން ރަލުން ޢަމަލުވެފައި ވުމުން މަޖާވެފައި. merrily ކއ. merriment ނ. make merry މަޖާ ކަންކަން ކުރުން. merry-making މިފަދަ ކަންކަން. merry men މީހެއްގެ އެކުވެރީން.

merry-go-round

މެރީ-ގޯ-ރައުންޑް. ނ. 1. ކާނިވާ ފަދަ ތަންތަނުގައި ހުންނަ އެނބުރޭ ވަށް އަށްޓެއް. މީގެ މަތީގައި ކުދި ކާރާއި އަސް ފަދަ ތަކެތި ހުރެއެވެ. ކުދިން މިއަށް އެރުމުން އެނބުރޭ ގޮތް ހެދެއެވެ. 2. އިޖްތިމާޢީ ދިރިއުޅުމުގައި ނުވަތަ މަސައްކަތުގައި އަވަދިނެތި ތަކުރާރުވާ ހާދިސާތަކާއި ކަންކަން.

Merseyside

މާޒިސައިޑް. ނ. އިނގިރޭސި ވިލާތުގެ ކައުންޓީއެއް.

mescaline

މެސްކެލީން. ނ. ސަހަރާތަކުގައި ހެދޭ ކެކްޓަސް ގަހަކުން އުފައްދާ ޑުރަގެއް. މި ކެއުމުން ނެތް ތަކެތި ވެސް ފެންނަހެން ހީވާނެއެވެ.

Mesdames

މެސްޑޭމްސް. ބަލާ Madame.

Mesdemoiselles

ބަލާ Mademoiselle.

mesembryanthemum

މިޒެމްބްރިއަންތިމަމް. ނ. މެންދުރު ވަގުތު ފޮޅޭ، ހުދު، އޮރެންޖް، ފިޔާތޮށި އަލިނަރުމާ ފަދަ މަލެއް އަޅާ ގަހެއް.

mesh

މެޝް. ނ. 1. ދަލެއްގެ ވައު ފަށްތަކުން އުފެދިފައި ހުންނަ ލޯވަޅު. 2. ދާގަނޑެއް ގޮތަށް ހުންނަ ފޭރާން ފޮތި. —ކ. (ސޯބާ މެދު) އެހެން ސޯބަކާ މެހުން.

mesmerize

މެޒްމެރައިޒް. ކ. އެހެން ކަމަކާ އޭނާއަށް ނުވިސްނޭ މިންވަރަށް މީހެއްގެ ސަމާލުކަން މުޅިން ހޯދައިގަތުން. I was completely mesmerized by the performance.

Mesolithic

މެސޮލިތިކް. ނއ. ވަރަށް ބޯދާ (ސްޓޯން އޭޖްގެ މެދު) ޒަމާނަކަށް ނިސްބަތްވާ.

mess

މެސް. 1. ހަޑި މުޑުދާރު ޙާލަތެއް. ބައިވަރު އެއްޗެތިތަކެއް ހަމައެއް ނެތި ހުރިތަނެއް. 2. ދަތި އުނދަގޫ، ވާނުވާ ނޭނގޭ ހާލަތެއް. ދަތި މައްސަލައެއް. 4. (ނުރަސްމީ ބަހުރުވައިން) ހަޑިކޮށް މުޑުދާރުކޮށް ހުރި މީހެއް. 5. (އަސްކަރުން ނަމަ) އެއްކޮށް ކައިބޮއި ހަދާ ޖަމާޢަތެއް. މިގޮތަށް ކާ ތަން. —ކ. 1. މުޑުދާރުކުރުން، ހަޑިކުރުން. 2. (ވިޔަފާރިއެއް ފަދަ ކަމެއް) ޚަރާބުކޮށްލުން. messed it up. 3. ސަކަރާތްޖެހުން. messed about/around. 4. އެއްޗެއް ރޫޅާލައި ކުޅުން. don’t mess up with television. 5. ވަކި ޖަމާޢަތަކާ އެކު ކާނާ ކެއުން (މ. ބޯޓެއްގައި، ނުވަތަ ލަޝްކަރެއްގައި). they mess together. make a mess of ހަޑިކޮށްލުން، ރީތިކަން ނަގައިލުން، ކަމެއް ވަރަށް ކަމުނުދާ ގޮތަށް ކުރުން.

message

މެސިޖް. ނ. 1. މީހަކާ ސީދާ ވާހަކަދެކެވެން ނެތުމުން އެމީހާއަށް އެހެންގޮތަކުން ދޭ ކުރު މަޢުލޫމާތު ކޮޅެއް. 2. ނާރުތައް މެދުވެރިކޮށް، ހަށިގަނޑުން ސިކުނޑިއަށް ފޮނުވާ ސިގްނަލެއް. 3. ފޮތެއް، ފިލްމެއް، ވާހަކައެއް ފަދަ އެއްޗެއްގައިވާ މައިގަނޑު ވާހަކަ. އެހެން މީހެއްގެ ކައިރީގައި އެކަމާ މެދު ބުނަން ބޭނުންވާ ވާހަކަ. ރަސޫލެއް، ލިޔުންތެރިއެއް ފަދަ ފަރާތަކުން ދޭ އިޖްތިމާޢީ ނުވަތަ އަޚްލާޤީ ފިލާވަޅު. މ. a film with a message. get the message (ނުރަސްމީ ބަހުރުވައިން) ބުނި ނުވަތަ ވަށްބަހުން ބުނި ވާހަކަ ފަހުމްވުން.

messenger

މެސިންޖަރ. ނ. މެސެޖެއް ގެންނަ މީހާ. ރަސޫލް.

Messiah

މެސަޔަ. މިސައިއަ. ނ. 1. ދުނިޔޭގެ ހުރިހާ މައްސަލަތަކެއް ހައްލުކުރެވިދާނެކަމަށް ބަޔަކު ޤަބޫލުކުރާ އިސްވެރިޔާ. 2. ދުނިޔެއަށް ފޮނުއްވާނޭކަމަށް ޔަހޫދީން އެމީހުންގެ ”އޯލްޑް ޓެސްޓަމަންޓް“ގައި (ގަޑުބަޑުކޮށްފައިވާ އިންޖީލުގައި) ބުނެފައިވާ ފަރާތް. 3. ނަޞާރާއިންގެ ފިކުރުގައި، ޢީސާގެފާނު.

Messianic

މެސިއަނިކް. ނއ. Messiah އަށް ނިސްބަތްވާ.

Messieurs

ބަލާ Monsieur.

Messrs

މެސާޒް. ނ. Mr ގެ ގިނަ ނަން.

messy

މެސީ. ނ. (messier, messiest). 1. ހަޑި. ތަރުތީބެއް ނެތިފައި، ގޮނޑުވެފައި. 2. ގޮނޑުވާ ފަދަ/ކަހަލަ. މ. މަސައްކަތެއް. a messy task. 3. ހަމަޖައްސަން އުނދަގޫ އަދި މުރައްކަބު (އެތައްކަމެއް ގުޅިލާމެހިފައިވާ) މ. ދެމީހެއް ޞުލްޙަ ކުރުން. They had a bitter, messy divorce. ކއ. messily. ނ. messiness.

met

މެޓް. ބަލާ meet.

met

މެޓް. ނއ. ނުރަސްމީ ބަހުރުވައިން މީޓިއޮރޮލޮޖިކަލް meteorological.

metabolism

މިޓަބޮލިޒަމް. މެޓާބޮލިޒަމް. ނ. ހަށިގަނޑުގެ ގުނަވަންތަކުގެ ކެމިކަލް ކަމާކެމި، ޚާއްޞަކޮށް ގުނަވަންތަކަށް ބޭނުންވާ ހަކަތަ އުފައްދައި އެ ގުނަވަންތައް ބޮޑުވާ ކަންކަން. ނއ. metabolic.

metabolize

މިޓަބޮލައިޒް. މެޓާބޮލައިޒް. ކ. ހަށިގަނޑުން ހަކަތަ އުފެއްދުމަށް، އައު ސެލްތައް އުފެއްދުމަށް އަދި ބޭރުކުރަން ޖެހޭ އެއްޗެތި ވަކިކުރަން ކެމިކަލް ޕްރޮސަސްތައް ބޭނުންކުރުން.

metal

މެޓްލް. މެޓަލް. ނ. ޢާއްމުކޮށް ގަދަ، ހަރު، އޭގެ ތެރެއިން އިލެކްޓްރިކާއި ހޫނު ފަސޭހައިން ދަތުރުކުރާ، ރަން، ދަގަނޑު ފަދަ އުންސުރެއް. މިފަދަ ދެ ނުވަތަ ގިނަ އުންސުރު އެއްކޮށްގެން ހަދާ މަޢުދަން. މަޢުދަން. (ސ) ލޯހަ. (ޢ) ފިލިއްޒު. —ނއ. މަޢުދަނުން ހަދާފައިވާ.

metalled

މެޓަލްޑް. ނ. (މަގު ހެދުމާ ބެހޭ ގޮތުން) ކުދި ހިލަ އަޅައި ތަޅައި ތާރުއަޅާފައި ހުންނަ މަގު. ކޮންކްރީޓުން ހަދާފައި ހުންނަ މަގު. މިހެން ކިޔަނީ އިހުގައި މެޓްލްގެ އެއް މާނައަކީ ”މައިން“ ކަމަށް ވުމުންނާއި ހިލަ ފަދަ ތަކެއްޗަކީ އެ ތަނުން ނަގާ އެއްޗިއްސަށް ވާތީއެވެ.

metallic

މިޓަލިކް. މެޓޭލިކް. ނއ. 1. މަޢުދަނުން ހަދާފައިވާ. މަޢުދަނާ ވައްތަރު. 2. (އަޑާ މެދު) ދެ މަޢުދަން އެތި ޖެހުމުން ކިޔާ އަޑު ފަދަ. ތޫނުވެފައި އެތައް ފަހަރަކު ޖެހޭ ހެން (ގުގުމާހެން) ހީވާ.

metallurgist

މެޓަލަޖިސްޓް. މެޓާލަޖިސްޓް. ނ. މެޓަލާރޖީގެ މާހިރެއް.

metallurgy

މިޓަލާޖީ. މިޓަލަރޖީ. ނ. މަޢުދަނެއްގެ ގެ ސިފަތަކާއި އެ އެހެން މަޢުދަނަކާ އެއްކޮށްގެ އުފައްދާ އެކުވި މަޢުދަންތަކުގެ (އެލޮއި) ސިފަތަކާ ބެހޭ ޢިލްމު. ބިމުން މަޢުދަން ނެގުމާއި އެ ސާފުކުރުމާ ބެހޭ ޢިލްމު. ނއ. metallurgical.

metamorphose

މެޓަމޯފޯޒް. ކ. ސިފަ ނުވަތަ ޠަބީޢަތް ބަދަލުވުން ނުވަތަ ބަދަލުކުރުން. މުޅީން އެހެން އެއްޗަކަށް ނުވަތަ ސިފައަކަށް ބަދަލުވުން ނުވަތަ ބަދަލުކުރުން.

metamorphosis

މެޓަމޯފަސިސް. ނ. 1. މުޅީން ހުރިހާ އެއްޗެއް/ކަމެއް/ސިފަ އެއްކޮށް ބަދަލުވާ ބަދަލުވުމެއް. 2. ބައެއް ޖަނަވާރުތަކާއި ފަނިފަކުސަ، މުޅިން ތަފާތު ޅަ އެއްޗަކުން އެހެން ސިފައެއް ޖަހާ ބޮޑު އެއްޗަކަށް ބަދަލުވާ ބަދަލުވުން. މ. ފަންޏެއް ކޮކާލަށްވުން. ނއ. metamorphic.

metaphor

މެޓަފޮރ. ނ. ލަފުޒެއް ނުވަތަ ޢިބާރާތެއް އޭގެ ލަފުޒީ މާނައާ ނުގުޅޭ ނަމަވެސް މަޖާޒީގޮތެއްގައި އަޅާކިޔުމުގެ ގޮތުން އިޝާރާތް ކުރެވޭ ކަމަކަށް، ޙާލަތަކަށް ބޭނުންކުރުން. މަޖާޒު. the sunset of one’s lifeމީހެއްގެ ޙަޔާތުގެ އިރު އޮއްސުން، food for thought ވިސްނުމަށް ކާނާ. cut off one’s nose to spite one’s face މޫނުދެކެ ރުޅިން ނޭފަތް ކަނޑައިލުން: މައްސަލައެއް ހައްލުކުރުމަށް ތިމާއަށް ގެއްލުން ހުރި ކަމެއްކުރުން. އެހެން މީހަކަށް ގެއްލުމެއް ދިނުމަށް ތިމާއަށް ނުބައި އަސަރެއް ކުރާނެ ކަމެއް ކުރުން. mixed metaphor ނުގުޅޭ މަޖާޒީ ޢިބާރާތްތައް. މ. the only thing this government will listen to is muscle.

metaphorical

މެޓަފޮރިކަލް. ނ. މަޖާޒީ ގޮތެއްގައި. ލަފުޒުތަކުގެ ޙަޤީޤީ މާނައެއްގައެއް ނޫން. ކއ. metaphorically.

metaphysics

މެޓަފިޒިކްސް. ނ. ޢިލްމާއި ތެދާއި ދިރިހުރުމާ ބެހޭ ފަލްސަފާގެ ގޮފި. ނއ. metaphysical.

mete

މީޓް. ކ. mete out ޙައްޤު އެއްޗެއްގެ ގޮތުގައި ދިނުން، ޚާއްޞަކޮށް އަދަބެއް. މ. mete out punishment to wrongdoers.

meteor

މީޓިއޮރ. ކާއިނާތުގެ ކޮންމެވެސް ތަނަކުން އަންނަ ގައު/ހިލަ ދުނިޔޭގެ ޖައްވަށް ވަނުމުން ހޫނުވެގެން އުފެދޭ އަލިނުކުންނަ އެއްޗެއް. މިފެންނާނީ ޖައްވުންނެވެ. ގިނިހިލަ.

meteoric

މީޓިއޮރިކް. ނއ. 1. ގިނިހިލައަށް ނިސްބަތްވާ. 2. ވަރަށް އަވަހަށް ކުރިއަރައި އަދި މީހުންގެ ސަމާލުކަން ލިބޭ. ކުއްލިއަކަށް އުޖާލާވާ. މ. Her political career has been meteoric.

meteorite

މީޓިއޮރައިޓް. ނ. ޖައްވުން ބިމަށް ވެއްޓޭ ގިނިހިލަ.

meteoroid

މީޓިއަރޮއިޑް. ނ. ދުނިޔޭގެ ޖައްވަށް އަދި ނުވަންނަ، ކާއިނާތުގައި ދަތުރު ކުރާ ހިލަ.

meteorologist

މީޓިއޮރޮލޮޖިސްޓް. ނ. މީޓިއޮރޮލޮޖީ ކިޔަވާ މީހެއް. އެކަމުގެ މާހިރެއް.

meteorology

މީޓިއޮރޮލޮޖީ. ނ. (ޚާއްޞަކޮށް މޫސުން ލަފާކުރުމަށް) ޖައްވީ މާހައުލު ދިރާސާކުރުމާ ބެހޭ ޢިލްމު. ނއ. meteorogical.

meter

މީޓަރ. ނ. އެއްޗެއްގެ މިންވަރު މިނާ އާލަތެއް. މ. ކާރެއް ދުވާ ބާރުމިން، އިލެކްޓްރިކް ހަކަތަ ބޭނުންކުރާ މިންވަރު. —ކ. (metered, metering) އެއްޗެއް މިނުމަށް އާލަތެއް ބޭނުންކުރުން.

meter

މީޓަރ. ނ. ބަލާ metre. (ޔޫ.އެސް. ގައި ލިޔާގޮތް.)

methane

މީތޭން. ނ. ވަހެއް ރަހައެއް ނުހުންނަ، ބައެއް ފަހަރު ހަކަތައިގެ ގޮތުގައި ބޭނުންކުރާ ލުއި ގޭހެއް. މި ގޭސް ބައެއް ކިސަޑު ތަންތަނުން ނުކުމެއެވެ. އަދި، ގެރިގުއިން އުފައްދައެވެ.

method

މެތަޑް. ނ. 1. ކަމެއް ކުރާނޭ ގޮތް/މަގު. އުސްލޫބު. ނިޒާމު. 2. ތަރުތީބުކަން. މ. he is a person of method.

methodical

މިތޮޑިކަލް. މެތޮޑިކަލް. ނއ. ތަރުތީބަށް. ހަމައަކަށް، އުސޫލަކަށް. ވަކި ގަވާއިދަކަށް. ނިޒާމީ. (ސ) ކުރަމާނުކޫ. ކއ. methodically.

Methodist

މެތޮޑިސްޓް. ނ. 18 ވަނަ މީލާދީ ޤަރުނުގައި އުޅުނު ވެސްލީ ކިޔާ ދެބެން ގެނައި ނަޞާރާ މަޒުހަބަކަށް އީމާންވާ މީހެއް. ނ. Methodism.

meths

މެތްސް. (ތ ކިޔާނީ ފިއްތި އަޑުން). ނުރަސްމީ ބަހުރުވައިން methylated spirit (އިސްޕިރޭޓް).

methyl

މެތިލް. މެތްލް. ނ. މީތޭން ގޭހުގައި ހިމެނޭ (އެއް ކާބަން އެޓަމާއި ތިން ހައިޑްރަޖަން އެޓަމް ހިމެނޭ) ކެމިކަލް ބައެއް. އެހެން ގިނަ ކެމިކަލް ތަކުގައިވެސް މި ބައި ހިމެނެއެވެ. methylated spirit ބަނގުރަލުގެ ވައްތަރެއް. މީހުން ބޮއެ ފާނެތީ މިއަށް ހުންނަނީ ވިހަކުރަން މެތިލް އާ އެއްކޮށްފައެވެ. މި ބޭނުންކުރަނީ ސާފުކުރުމަށާއި ހޫނު އުފެއްދުމަށް ރޯކުރުމަށެވެ.

meticulous

މެޓިކިޔުލަސް. ނއ. ތަފްޞީލްތަކާއި ކުދިކުދި ކަންކަމަށް ފަރުވާތެރި ސަމާލުކަން ދޭ/ދައްކާ. ވަރަށް ފަރުވާތެރިކަމާއި އެކު ބަރާބަރަށް. (ޢ) ދަޤީޤް. ކއ. meticulously. ނ. meticulousness.

metre

މީޓަރ. ނ. 1. މެޓްރިކް ނިޒާމުގައި ދިގުމިން ބަލާ މިނެއް. 1 މީޓަރުގެ ދިގުމިނަކީ ގާތްގަޑަކަށް 39.4 އިންޗި އެވެ. 2. ޅެން އެކުލަވަލާއިރު ބޭނުންކުރާ ވަޒަން.

metric

މެޓްރިކް. ނއ. 1. މެޓްރިކް ސިސްޓަމް ބޭނުންކުރާ، ނުވަތަ އެ ސިސްޓަމްގެ. 2. ޅެންވެރިކަމުގައި ބޭނުންކުރާ ވަޒަނަށް ނިސްބަތްވާ. ކއ. metrically. go metric (ނުރަސްމީ ބަހުރުވައިން) މެޓްރިކް ނިޒާމު (ސިސްޓަމް) ބޭނުންކުރުން. metric system ތަކެތި މިނެކިރުމުގައި ބޭނުންކުރާ ނިޒާމެއް. މި ނިޒާމުގައި، ބޭނުންކުރަނީ ދިގުމިން ބަލަން މީޓަރ އެވެ. ދިޔައިގެ ކޮޑިމިން ބަލަނީ ލީޓަރުންނެވެ. ބަރުދަން ބަލަނީ ކިލޯގްރާމް އިންނެވެ. metric ton 1000 ކިލޯގްރާމް.

metrical

މެޓްރިކަލް. ނއ. ޅެންވެރިކަމުގެ ވަޒަނަކަށް އެކުލަވައިލާފައިވާ ނުވަތަ އެފަދަ ލިޔުމަށް ނިސްބަތްވާ.

metricate

މެޓްރިކެއިޓް. ކ. މެޓްރިކްއިން ތަކެތި މިނާ ނިޒާމަށް ބަދަލުކުރުން. ނ. metrication.

Metro

މެޓްރޯ. ނ. (ނުރަސްމީ ބަހުރުވައިން) ބިމުގެ އަޑިން ދުވާ ރޭލުގެ ނިޒާމް (ޚާއްޞަކޮށް ޕެރިސްގެ މި ނިޒާމު). —ނއ. ނުރަސްމީ ބަހުރުވައިން metropolitan.

metronome

މެޓްރޮނޯމް. ނ. މިޔުޒިކް ކުޅޭ މީހުން ތާލު ފާހަގަކުރުމަށް ބޭނުންކުރާ، އާލަތެއް. މީގައި ހުންނަނީ ގަނޑީގައި ހުންނަ ފަދަ ބަރެއް ވަތަށް ދެ ފަރާތަށް ހިނގާގޮތަށެވެ.

metropolis

މެޓްރޮޕޮލިސް. ނ. ޤައުމެއްގެ ނުވަތަ ބޮޑު ސަރަޙައްދެއްގެ ބޮޑު ޝަހަރެއް. ޤައުމެއްގެ އެންމެ ބޮޑު ޝަހަރު.

metropolitan

މެޓްރޮޕޮލިޓަން. ނއ. ބޮޑު ޝަހަރަކަށް ނިސްބަތްވާ.

mettle

މެޓްލް. ނ. ޝަޚްޞިއްޔަތުގެ ކެރުން ނުވަތަ ގަދަކަން. އުނދަގޫ ކަމެއް ކުރާއިރު، ނުވަތަ މުބާރާތެއްގައި، މީހަކު ހާމަކުރާ ޤާބިލްކަމާއި ޢަޒުމް. ހިތްމަތް. on one’s mettle ޤާބިލްކަމާއި ކެރުން ދެއްކުމަށް ޢަޒުމްކަޑައަޅާފައިވާ.

mettlesome

މެޓްލްސަމް. ނއ. ޖޯޝްހުރި، ފޯރިހުރި. ރޫޙާއި ކެރުން ހުރި.

mew

މިއު. ނ. ބުޅަލެއްގެ ގޮވުން. —ކ. މި އަޑު ނެރުން.

mews

މިއުސް. ނ. ފަހުން ގެދޮރަށް ނުވަތަ ގަރާޖަށް ބަދަލުކޮށްފައި ހުރި އިހުގައި އަސްތަބަލެއް.

Mexico

މެކްސިކޯ. ނ. މެދު އެމެރިކާގެ ޤައުމެއް. ނ. ނއ. Mexican. Mexico City އެތަނުގެ ވެރިކަން ކުރާ ރަށް.

mezzanine

މެޒަނީން. ނ. (ޢާއްމުކޮށް ފުޅާ ބެލްކަނީ އަކާއެކު ހުންނަ) ފުރަތަމަ ބުރިއާއި ދެވަނަ ބުރިއާ ދެމެދުގައި ހުންނަ ފަންގިފިލައެއް.

mezzo

މެޓްސޯ. ކއ. (މިޔުޒިކްގައި) މެދު މިންވަރަކަށް. mezzo forte މެދު މިންވަރަކަށް އަޑުގަދަ. mezzo soprano ސޮޕްރާނޯ އާއި ކޮންޓްރެލްޓޯ ގެ ދެމެދުގެ އަޑު. މިއަށް ލިޔެފައި ހުންނަ މިޔުޒިކް. މި އަޑު ހުންނަ ލަވަކިޔުންތެރިޔާ.

mezzotint

މެޓްސޯޓިންޓް. ނ. 1. ހިޔަނި ހުންނަ ތަންތަނުގައި ތިކި ޖަހާފައި، އަލި ތަންތަން އޮމާންކޮށް ބަހައްޓައިގެން ތާންލޯ ފަތް ފަދަ ތަކެތީގައި ކުރެހުމުގެ ވައްތަރެއް. 2. މިފަދަ އެއްޗަކުން ޗާޕުކޮށްފައިވާ ކުރެހުމެއް.

mg

ކުރުކޮށް milligram(s).

Glam.

ކުރުކޮށް Mid Glamorgan.

Mhz

ކުރުކޮށް މެގަހާޓްޒް. megahertz.

miaow

މިއާއޯ. ނ. ކ. mew އާ އެއް މާނައެއް.

miasma

މިއަޒްމާ. ނ. ނުބައި ވައި. ބަލިޖެހޭ ފަދަ ސާފު/ތާހިރު ނޫން ވައި. މިފަދަ މާހައުލެއް. freed from the miasma of poverty.

mica

މައިކާ. ނ. ކަރަންޓު ދަތުރުނުކުރާ އިންސިޔުލޭޓަރެއްގެ ގޮތުގައި ބޭނުންކުރާ ބިމުން ނަގާ ބިއްލޫރި ތުނި ފަށަލަތަކެއްހެން ހުންނަ އެއްޗެއް. އުޑުވިލާ.

mice

މައިސް. ބަލާ mouse.

Mich.

ކުރުކޮށް Michigan.

Michaelmas

މިކެލްމަސް. ނ. ނަޞާރާއިން 29 ސެޕްޓެމްބަރ ގައި ފާހަގަކުރާ ޢީދެއް. Michaelmas daisy އެކި ކުލަ ކުލައިގައި މައު އަޅާ ޑޭޒީ ގެ ވައްތަރެއް. Michaelmas މި ދުވަހު ބައެއް ކޮލެޖްތަކާއި ޔުނިވަރސިޓީ ތަކުގައި ފަށާ ޓާމު.

Michigan

މިޝިގަން. ނ. ޔޫ.އެސް. ގެ ސްޓޭޓް އެއް.

mickey

މިކީ. ނ. take the mickey out of (ނުރަސްމީ ބަހުރުވައިން) ޖެއްސުން ކުރުން، މަލާމާތްކުރުން.

micro

މައިކްރޯ. (ލަފުޒުގެ ކުރިއަށް އެއްކުރާ އަކުރެއް) 1. ވަރަށް ކުޑަ. 2. އެއްޗެއްގެ އެއް މިލިއަން ބައިކުޅަ އެއް ބައި. މ. މައިކްރޯގްރާމް.

microbe

މައިކްރޯބް. ނ. މައިކްރޮސްކޯޕުން ނޫނީ ނުފެންނަ، ވަރަށް ކުޑަ ދިރުން ހުރި (ގިނަ ފަހަރު ބަލިޖައްސާ) އެއްޗެއް.

microchip

މައިކްރޯޗިޕް. ނ. ސިލިކަން ކިޔާ އުންސުރެއްގެ ނުވަތަ އެހެންވެސް މަޢުދަނެއްގެ ވަރަށް ކުޑަ އެތިކޮޅެއްގައި އެތައް އިލެކްޓްރިކް ސާމާނު ހިމެނޭ ސާކިޓެއް.

microcomputer

މައިކްރޯކޮމްޕިއުޓަރ. ނ. ވަރަށް ކުޑަ ކޮމްޕިއުޓަރެއް.

microcosm

މައިކްރޯކޮޒަމް. ނ. ވަރަށް ބޮޑު މުޖުތަމަޢުއެއް، ޖަމާޢަތެއް، ޙާލަތެއް ފަދަ ތަނެއްގެ ސިފަތައް ހުރި ކުޑަ ތަނެއް.

microdot

މައިކްރޮޑޮޓް. ނ. ތިއްކެއްހާ ވަރަށް ކުޑަކޮށްފައިވާ ބޮޑު ލިޔުމެއް. މިކަން ކުރަނީ ފޮޓޯ ނަގައިގެންނެވެ.

microfiche

މައިކްރޮފީޝް. ނ. ވަރަށް ގިނަ ޞަފުޙާތަކެއްގެ ލިޔުންތަކެއް ފޮޓޯނަގައިގެން ކުޑަކޮށް ހިމަނާފައިވާ ކުޑަ ޕްލާސްޓިކް ގަނޑެއް.

microfilm

މައިކްރޮފިލްމް. ނ. ގިނަ މަޢުލޫމާތުތަކެއް ހުރި ސަފުހާތަކެއް ފޮޓޯނަގައިގެން ވަރަށް ކުޑަކޮށް ހިމަނާފައިވާ ފޮޓޯ ފިލްމު ގެ ބުރިވަރެއް. —ކ. ފޮޓޯނަގައިގެން ލިޔުންތަކެއް މިގޮތަށް ކުޑަކޮށް ފިލްމަށް ނެގުން.

micrographics

މައިކްރޮގްރެފިކްސް. ނ. ލިޔުން ފަދަ ތަކެތި ފޮޓޯ ނަގައިގެން ކުޑަކޮށްގެން އެ މެޝިނަކުން ބެލުމާ ބެހޭ ކަމާކެމި. މިކަމާބެހޭ ޞިނާޢަތް.

micro-organism

މައިކްރޮއޯގަނިޒަމް. ނ. މައިކްރޮސްކޯޕް ނުލައި ހަމަ ލޮލަށް ނުފެންނަ ކުދި ދިރުން ހުންނަ ތަކެތި.

microphone

މައިކްރޮފޯން. ނ. އެއާ ގާތުގައި ވާހަކަ ދެއްކުމުން އަޑު އިލެކްޓްރިކް ސިގްނަލްތަކަށް ބަދަލުކުރާ އާލަތެއް. މި ބޭނުންކުރަނީ އަޑު ރެކޯޑުކުރުމަށް ނުވަތަ އަޑު ބާރުކޮށް ދުރަށް ފޮނުވުން ފަދަ ކަންކަމަށެވެ.

microprocessor

މައިކްރޯޕްރޮސެސަރ. ނ. އެއް ނުވަތަ މަދު މައިކްރޯޗިޕްއެއްގައި ފަރުމާކޮށްފައިވާ ކޮމްޕިއުޓަރެއް. ކުދި ކޮމްޕިއުޓަރުގެ މައިގަނޑު މަސައްކަތް ކުރާ ބައި ހިމެނޭ މައިކްރޯޗިޕް.

microscope

މައިކްރޮސްކޯޕް. ނ. ހަމަލޮލަށް ނުފެންނަ ތަކެތި ފެންނަ، ބޮޑުވާ ބިއްލޫރި ބޭނުންކޮށްގެން ހަދާފައި ހުންނަ، ތަކެތި ވަރަށް ބޮޑުކޮށް ފެންނަ އާލަތެއް.

microscopic

މައިކްރޮސްކޮޕިކް. ނއ. 1. މައިކްރޮސްކޯޕް އަށް ނިސްބަތްވާ. 2. މައިކްރޮސްކޯޕް ބޭނުން ނުކޮށް ނުފެންނަ. 3. ވަރަށް ކުޑަ.

microsecond

މައިކްރޯސެކަންޑް. ނ. ސިކުންތެއްގެ އެއް މިލިއަން ބައިކުޅަ އެއްބައި.

microwave

މައިކްރޮވެއިވް. ނ. 1 މިލިމީޓަރާއި 500 މިލިމީޓަރާ ދެމެދުގެ ވޭވްލެންތު ހުންނަ އިލެކްޓްރޯމެގްނެޓިކް ރާޅު. microwave oven މި ފަދަ ރާޅުތައް ބޭނުންކޮށްގެން ތަކެތި އަވަހަށް ހޫނުކުރުމަށް ހަދާފައި ހުންނަ ތަނޫރު.

mid

މިޑް. ނއ. މެދުގައި. މެދު. mid-air ވައިގެ ތެރޭގައި. to mid-August އޮގަސްޓް މަހުގެ މެދާ ހިސާބަށް. mid-off, mid-on ކުރިކެޓުގައި ހޮވާ މީހާ ހުންނަ ތަންތަން. ނުވަތަ އޭނާ. މި ތަންތަން ފާހަގަކޮށްފައި އެވަނީ އުކާމީހާގެ މަޤާމަށް ބަލައެވެ.

Midas

މައިޑާސް. ނ. the Midas touch މީހެއްގެ ހުރިހާ މަސައްކަތެއް ކާމިޔާބުވެ ފައިސާވެރިވުމުގެ ޤާބިލިއްޔަތު. މިހެން ކިޔަނީ ބޯދާ ޒަމާނުގައި އުޅުނުކަމަށް ބުނާ އޭނާ އަތްލާ ކޮންމެ އެއްޗެއް ރަނަން ބަދަލުވާ ރަސްކަލަކަށް ނިސްބަތްކޮށެވެ.

midday

މިޑްޑެއި. ނ. ދުވާލު 12:00. ދުވަހުގެ މެދު.

midden

މިޑްން. ނ. ޖަނަވާރުގެ ގުއި ފުންޏެއް. އަންނައުނު، ކުނި ފަދަ ތަކެތީގެ ފުންޏެއް.

middle

މިޑްލް. ނއ. 1. މެދު. ދެކޮޅުން ނުވަތަ އެކި ދިމާތަކުން މެދު. 2. ފެށުމާއި ނިމުމާ ދޭތެރޭ (ހިނގާ)، މެދުގައި. 3. މެދުމިން، ފެންވަރުގެ ގޮތުން މޮޅާއި ދެރައާއި ދެމެދު. ސައިޒުގެ ގޮތުން މެދު. a man of middle height. —ނ. 1. މެދު ޕޮއިންޓް ނުވަތަ ފާހަގަ، މަޤާމް، ވަގުތު، އޭރިއާ، ފެންވަރު އަދި މިފަދަ އެހެންތަކެތީގެ މެދު. 2. އުނަގަނޑު. in the middle of ހަރަކާތެއްގެ މެދުގައި. in the middle of nowhere (ނުރަސްމީ ބަހުރުވައިން) ވަރަށް ދުރު ހިސާބެއްގައި. middle age ޒުވާން ދުވަސްވަރާއި މުސްކުޅި ޢުމުރާ ދެމެދު. ނއ. middle-aged. މެދު ޢުމުރު. Middle Ages މީލާދީން 1000 އާއި 1400 އާ ދެމެދު. middle-brow ކޮންމެވެސް މިންވަރަކަށް ފިކުރުވެރި. ނ. މިފަދަ މީހެއް. middle C ޕިއާނޯ ކީބޯޑެއްގެ މެދުގައިވާ C. middle class (މީހުންނާ މެދު) މަތީ ފަންތި އާއި އަތު މަސައްކަތު ފަންތިއާ ދެމެދުގެ ގިންތި. މި މީހުންގެ ތެރޭގައި ފަންނީ މީހުންނާއި ވިޔަފާރިވެރިން ހިމަނައެވެ. Middle East އީރާން އާއި މިޞްރު ހިމަނައިގެން މި ދެމެދުގައިވާ ޤައުމުތައް. middle-of-the-road މެދުމިން ސިޔާސަތުތަކަށް ތާއީދުކުރާ. middle school ޢުމުރުން 9 އަހަރާއި 13 އަހަރާ ދެމެދުގެ ގްރޭޑްތައް. މި އުމުރުފުރާގެ ކުދީން ކިޔަވަންދާ ޚާއްޞަ މަދަރުސާތައް. middle-sized ނއ. މެދު ސައިޒުގެ. Middle West ޔޫ.އެސް. ގެ މިސިސިޕީގެ އުތުރު ސަރަހައްދުތައް.

middleman

މިޑްލްމަން. ނ. މުދަލެއް އުފައްދާ މީހުންނާއި ބޭނުންކުރާ މީހުންގެ ދެމެދުގައި ވާ އެހެން ވިޔަފާރިވެރީން. މ. ގަނޑުކޮށްތަކެތި ވިއްކާ މީހުން.

Middlesex

މިޑްލްސެކްސް. ނ. އިނގިރޭސި ވިލާތުގެ އިހުގެ ކައުންޓީއެއް.

middleweight

މިޑްލްވެއިޓް. ނ. ބޮކްސިން ގެ ގިންތިއެއް. 75 ކިލޯގްރާމް. މިއީ ވެލްޓަރވެއިޓް އަށް ވުރެ މަތި، ލައިޓް ހެވީވެއިޓް އަށް ވުރެ ލުއި ބަރުދަނެކެވެ.

middling

މިޑްލިން. ނއ. ކއ. މެދުމިން ވަރަކަށް ރަނގަޅު/ގަދަ. a man of about middling height.

Middx.

ކުރުކޮށް Middlesex.

middy

މިޑީ. ނ. (ނުރަސްމީ ބަހުރުވައިން) midshipman.

midge

މިޖް. ނ. ގައިގާ ހަފާ ކުޑަ ސުއިއްޕެއް.

midget

މިޖިޓް. ނ. ވަރަށް ކުޑަކުޑަ މީހެއް ނުވަތަ އެއްޗެއް. —ނއ. ވަރަށް/މާ ކުޑަ.

midland

މިޑްލަންޑް. ނއ. ޤައުމެއްގެ މެދުތެރޭ ސަރަޙައްދު. މ. އިނގިރޭސި ވިލާތުގެ މެދުތެރޭ ކައުންޓީތަކަށް ކިޔަނީ the Midlands.

midnight

މިޑްނައިޓް. ނ. މެންދަމު 12:00. މި އިރާ ގާތްކުރާ ވަގުތުތައް.

midriff

މިޑްރިފް. ނ. ހެދުމެއްގެ ނުވަތަ ހަށިގަނޑުގެ އުނަގަނޑުން މަތީގެ ކުރިމަތި.

midshipman

މިޑްޝިޕްމަން. ނ. ކަނޑު ސިފައިންގެ މަޤާމެއް: ކެޑެޓް އާއި ސަބް-ލެފްޓިނަންޓް އާ ދެމެދު.

midst

މިޑްސްޓް. ނ. މެދު ބައި. in the midst of = ހާލަތެއް، ކަމެއް، ހަރަކާތެއް ފަދަ ކަންތައްތަކެއްގެ މެދުގައި. The country is in the midst of an economic crisis.

midsummer

މިޑްސަމަރ. ނ. އުތުރުގެ ހޫނު މޫސުމުގެ މެދު، ގާތްގަޑަކަށް 21 ޖޫން. Midsummer’s Day 24 ޖޫން.

midway

މިޑްވޭ. ކއ. ދެތަނެއްގެ ދެމެދުގައިވާ ރާސްތާގެ މެދު.

Midwest

މިޑްވެސްޓް. ނ. = ކުރުކޮށް Middle West.

midwife

މިޑްވައިފް. ނ. އަންހެނުން ވިއްސަން ތަމްރީނުކޮށްފައިވާ މީހާ. ބޭކެނބި. ފޫޅުމައިން. midwifery މިޑްވިފްރި. ބޭކެނބީގެ މަސައްކަތް.

midwinter

މިޑްވިންޓަރ. ނ. އުތުރުގެ ފިނި މޫސުމުގެ މެދު، ގާތްގަޑަކަށް ޑިސެމްބަރު 22.

mien

މީން. ނ. މީހެއްގެ ސުލޫކު، އާދަތައް. މީހަކު ފެންނަ ގޮތް، މޫނުމަތީގެ ”ކުލަވަރު“. His aristocratic mien and expensive clothes singled him out. he has a cautious, academic mien.

might

މައިޓް. ނ. ގަދަކަން. ބާރު. with all one’s might. with might and main = މީހެއްގެ ހުރި ހުރިހާ ބާރަކާއި ހަކަތައަކާ އެކު.

might

މައިޓް. (may ގެ މާޒީ ލަފުޒުގެ ގޮތުގައި ބޭނުންކުރާ އޮގްޒިލިއަރީ ”ކަން“) you might call at the baker’s = އަހުރެން އެދެނީ އެތަނަށް ދާން. you might have offered = ރަނގަޅު ވީހީ އެހެން ހެދިނަމަ. might-have-been ނ. ނުވި، ނަމަވެސް ވެދާނެ ހާދިސާއެއް، ކަމެއް.

mightn’t

މައިންޓްންޓް. = might not.

mighty

މައިޓީ. ނއ. (mightier, mightiest). 1. ގަދަ ބާރު ހުރި ނުވަތަ އެކަން ފެންނަ. 2. ސައިޒުން ވަރަށް ބޮޑު. ބިޔަ. —ކއ. (ނުރަސްމީ ބަހުރުވައިން) ވަރަށް. މ. mighty fine. ކއ. mightily. ނ. mightiness.

mignonette

މިންޔޮނެޓް. ނ. އަޅި ކުލައެއްގެ މީރު ވަހެއް ހުންނަ އަހަރެއްގެ ތެރޭގައި ހެދި މަރުވާ ގަހެއް.

migraine

މީގްރެއިން. މައިގްރެއިން. ނ. ބައެއް ފަހަރު ފެނުމަށް އަސަރުކޮށް ހޮޑުލަވާ، ގަދައަށް މެދުކެނޑުމެއް ނެތި ބޮލުގައި ރިހޭ ބަލި.

migrant

މައިގްރަންޓް. ނއ. ހިޖުރަކުރާ. ނ. ހިޖުރަކުރާ މީހެއް، މުހާޖިރެއް.

migrate

މައިގްރެއިޓް. ކ. 1. އެއް ތަނެއް ދޫކޮށް އެހެން ތަނެއްގައި ވަޒަން ވެރިވުން. ހިޖުރަކުރުން. 2. (ޖަނަވާރާ މެދު) ވަކި މޫސުމެއްގައި، އެއްތަނެއް ދޫކޮށް އެހެން ތަނެއްގައި ދިރިއުޅުން ވަގުތީ ގޮތުން ޤާއިމްކުރާ. ނ. migration.

migratory

މައިގްރޭޓަރީ. ނއ. ހިޖުރަކުރުމާ ބެހޭ. ހިޖުރަކުރާ. migratory birds. The satellite tag will track the turtle’s migratory route for the first time.

Mikado

މިކާޑޯ. ނ. ޖަޕާނުގެ ޝަހެންޝާހް.

mike

މައިކް. ނ. (ނުރަސްމީ ބަހުރުވައިން) މައިކްރޮފޯން.

milch

މިލްޗް. ނއ. ކިރު ލިބޭ/ފެލޭ (މ. ގެރިއެއް). milch cow ކިރު ފެލުމަށް ގެންގުޅޭ ގެރިއެއް (މަސްކެއުމަށް ކަތިލާކަށް ނޫން). ފަސޭހައިން ފައިސާ ދަރަންޏަށް ނުވަތަ އެހެންވެސް ގޮތަކުން ލިބިގަނެވޭނެ (ދެމޭ) މީހެއް ނުވަތަ މުއައްސަސާއެއް.

mild

މައިލްޑް. ނއ. 1. އަނިޔާކުރުމެއް ނެތް، ހަރުކަށި ނޫން، ހައްދުފަހަނައަޅައި ނުދާ. މަޑުމައިތިރި. އަނީސް. ޙަލީމް. She can’t accept even mild criticism of her work. 2. (މޫސުމާ މެދު) ފިންޏެއް ވެސް ނޫން ހޫނެއް ވެސް ނޫން. މެދުމިން ވަރު. 3. (ރަހަތަކާ މެދު) އެއްވެސް ރަހައެއް އެހާ ގަދަ ނޫން. He doesn’t like a hot curry – he prefers a mild one. ކއ. mildly. ނ. mildness. mild steel އެކަތައިގެ މަޑު ބާވަތެއް. މިއީ ހޫނުކޮށް ފެނަށްލައިގެން ފަންވަރު ޖެއްސޭނޭ އެކަތައެއް ނޫނެވެ. މިއެކަތައިގައި ކާބަން ހުންނާނީ މަދުންނެވެ.

mildew

މިލްޑިއު. ނ. ފިނި ހިފުމުން ޖަހާ ހުދުކުލައިގެ ފޫ. މިއީ ”ފަންގަސް“ އެކެވެ.

mildewed

މިލްޑިއުޑް. ނއ. ފޫ ޖަހާފައިވާ.

mile

މައިލް. ނ. 1. ދިގުމިނުގެ ވަޒަނެއް. 1760 ގަޒު (ގާތްގަޑަކަށް 1.609 ކިލޯމީޓަރު) nautical mile ނެވިކަމުގައި ބޭނުންކުރާ މިނެއް. މިއީ 2025 ގަޒެވެ. ނުވަތަ 1.852 ކިލޯމީޓަރެވެ. 2. (ނުރަސްމީ ބަހުރުވައިން) ވަރަށް ބޮޑު ދިގުމިނެއް ނުވަތަ ރާސްތާއެއް. ބޮޑު މިންވަރެއް. miles too big. mile-point ރޭހެއްގައި ނިމެން އެއް މޭލު ހުރިކަން ފާހަގަކޮށް ޖަހާފައި ހުންނަ މުޑި.

mileage

މައިލިޖް. ނ. 1. މޭލުން ދެތަނެއްގެ ދެމެދު ދުރުމިން. 2. އެއް ގެލަނު (ޕެޓްރޯލް) ތެލުން އުޅަނދަކަށް ދަތުރުކުރެވޭނޭ ދުރުމިން. 3. މޭލަކަށް ވަކި ރޭޓެއްގައި، ދަތުރުކުރުމުގެ ޚަރަދު. 4. (ނުރަސްމީ ބަހުރުވައިން) މަންފާ. he gets a lot of mileage out of his family name.

miler

މައިލަރ. ނ. އެއް މޭލު ރޭސްތަކަށް ޚާއްޞަވެގެން ދުވާ ރޭސް ޖަހާ މީހެއް.

milestone

މައިލްސްޓޮއުން. ނ. 1. ތަނަކާ ހުރި ދުރުމިން މޭލުން ލިޔެ މަގުގެ އެއް ފަރާތުގައި ޖަހާ ގަލެއް. 2. މީހެއްގެ ޙަޔާތުގައި ނުވަތަ ތާރީޚްގައި، ޚާއްޞަ ހާދިސާއެއް ނުވަތަ ފިޔަވައްސެއް.

milfoil

މިލްފޮއިލް. ނ. ފިނި ޤައުމުތަކުގައި ތިރިކޮށް ހެދޭ މައު ގަހެއް.

milieu

މީލިޔަރ. ނ. (ގިނަ ނަމަ milieus). ވެށި، ތިމާވެށި. މާޙައުލު. މީހަކު ދިރިއުޅޭ ތަނުގެ މީހުންނާއި އިޖްތިމާޢީ އަދި ވެށީގެ ޙާލަތު.

militant

މިލިޓަންޓް. ނއ. ހީވާގި، ހަރުދަނާ، ބާރުބޭނުން ކުރަން ފަސް ނުޖެހޭ. ނ. މިސިފަތައް ހުރި މީހެއް. —ނ. militancy.

militarism

މިލިޓަރިޒަމް. ނ. ބާރާއި ސިފައިންގެ އުކުޅުތަކަށް ކުރާ ބަރޯސާ. ނ. militarist. ނއ. ހަނގުރާމަ ފަދަ. militaristic.

military

މިލިޓަރީ. ނ. އަސްކަރީން. ސިފައިން. ހުރިހާ ހަތިޔާރު އެޅި ގުރޫޕްތަކުގެ މީހުން. military service, the military ފުލުހުންނާއި އެހެން ވަޒީފާ އަދާކުރާ މީހުންނާ ތަފާތު ހަތިޔާރު އެޅި އަސްކަރީން. military band ބޭން ޖެހުމުގައި ބޭނުންކުރާ ފަދަ މިޔުޒިކީ ސާމާނު.

militate

މިލިޓެއިޓް. ކ. ބާރުގަދަ ނުފޫޒަކަށް ވާ. several factors militated against the success of our plan.

militia

މިލިޝާ. ނ. އެހެން ވަޒީފާތަކުގައި އުޅޭ، ތަމްރީނު ކޮށްފައިވާ ސިފައިންގެ ޖަމާޢަތެއް. މިއީ ދިމާވެދާނެ ޙާލަތަކަށް ނުވަތަ ވަކި ކަމަކަށް އާދައިގެ ވަޒީފާތަކުގައި އުޅޭ މީހުން ސިފައިންގެ ގޮތުގައި ތަމްރީނުކޮށްގެން އުފައްދާ ޖަމާޢަތެކެވެ. މި މީހުން ޙަރަކާތްތެރިވާނީ ކަމެއް ޖެހުމުންނެވެ.

milk

މިލްކް. ނ. 1. ބައެއް ޖަނަވާރު، އޭގެ ޅަ އެއްޗިއްސަށް ކާނާގެ ގޮތުގައި ދިނުމަށް، ހަށިގަނޑުގެ ގުނަވަނަކުން އުފައްދާ ހުދު ދިޔައެއް. ކިރު. (ޢ) ލަބަން. 2. އިންސާނާ ކާނާގެ ގޮތުގައި ބޭނުންކުރާ ގެރީގެ ކިރު. 3. ކިރު ވައްތަރުގެ ދިޔަ. މ. ކާށިހުނިން ހަދާ ކިރު. —ކ. 1. ގެރިއެއް ބަކަރިއެއް ފަދަ ޖަނަވާރަކުން ކިރު ފެލުން. 2. ގަހަކުން ކިރު ނެގުން. 3. ނުހަމަގޮތުގައި މަންފާއެއް ހޯދައިގަތުން، މ. މީހެއްގެ އަތުން ފައިސާ. މ. milking the government. in milk (ގެރިފަދަ ތަކެއްޗާ މެދު) ކިރު އެރޭ/ފެލޭ ދުވަސްވަރު. milk bar ބަނގުރާ ނުހުންނަ އެހެން ބުޔުންތައް ވިއްކާ ކެފޭއެއް. milk chocolate ކިރު އަޅައިގެން ހަދާފައި ހުންނަ ކާން ގެންގުޅޭ ޗޮކޮލެޓް. milk-float ދިޔާ ކިރު ގޭގެއަށް ގެންދާ ޕިކަޕެއް ފާޑުގެ އެއްގަމު އުޅަނދެއް. milk loaf ގިނައިން ކިރު އަޅައިގެން ހަދާފައި ހުންނަ ޕާން. milk-powder ފެން ވަކިކޮށްފައި ހުންނަ ހިކި ކިރު ކުނޑި. milk shake ކިރާއި ރަހަލާ އެހެންތަކެތި އަޅައިގެން ފޮނު އަރުވާފައި ހުންނަ ބުއިމެއް. milk-tooth ކިރުބޯ ދަތް. ދާއިމީ ނޫން ޅަ ޖަނަވާރުތަކުގައި ހުންނަ ދަތްތައް. milk-white ނއ. ބޯކިރުހާ ހުދު.

milker

މިލްކަރ. ނ 1. ގެރިބަކަރި ފަދަ ޖަނަވާރުން ކިރު ފެލާ މީހާ. 2. ކިރުފެލޭ ޖަނަވާރު. that cow is a good milker.

milkmaid

މިލްކްމެއިޑް. ނ. ގެރިބަކަރި ފަދަ ޖަނަވާރުން ކިރުފެލާ އަންހެނާ.

milkman

މިލްކްމޭން. ނ. ގޭގެއަށް ކިރުފުޅި ގެންގޮސްދޭ މީހެއް.

milksop

މިލްކްސޮޕް. ނ. ވަރަށް ޖެހިލުންވާ، ކަންކަމާ ކުރިމަތިލާން ނުކެރޭ ފިރިހެން މީހެއް ނުވަތަ ކުއްޖެއް.

milkweed

މިލްކްވީޑް. ނ. ހުދު ކިރެއް ނުކުންނަ ތޮނައެއް.

milky

މިލްކީ. ނއ. (milkier, milkiest) 1. ކިރުގެ. ކިރާ ވައްތަރު. އެއަށް ނިސްބަތްވާ. 2. ކިރު ގިނައިން ހިމެނޭ. ކިރުން ހަދާފައިވާ. 3. (ޖަވާހިރު، ދިޔަ އާ މެދު) އެތެރެ ސާފުކޮށް ނުފެންނަ، ކިލަނބު. ނ. milkiness. Milky Way އެތައް ތަރިތަކެއް ހިމެނޭ ދުނިޔެ ވެސް އޭގައިވާ ގެލެކްސީ. މަޑިކިލަނބު.

mill

މިލް. ނ. 1. ގޮވާން މުގުރަން ގެންގުޅޭ އުޑި. މި އުޑި ހުންނަ ޢިމާރާތް. 2. ހަރު އެއްޗެއް ކުނޑިއަށް މުގުރާ ކޮންމެ ފަދަ މެޝިނެއް. މ. ކޮފީ-މިލް. 3. ބައެއް ބާވަތުގެ ތަކެތި އުފެއްދުމަށް ނުވަތަ އެއަށް ބަދަލެއް ގެނައުމަށް ހަދާފައި ހުންނަ މެޝިން ނުވަތަ ޢިމާރާތް. މ. cotton-mill, paper-mill; saw-mill. —ކ. 1. އުޑި ބޭނުންކޮށްގެން މުގުރުން. 2. މިފަދަ ތަނެއްގައި އުފެއްދުން. 3. މަޢުދަން ލާރީގެ އަރިމަތީގައި ހަމައަކަށް މެޝިނަކުން ރޮނގު ދެމުން. silver coins with a milled edge. 4. އެނބުރޭ ކައްޓެއް ބޭނުންކޮށްގެން (މ. ގާނައިގެން، ލިޔެގެން، ކަނޑައިގެން) މަޢުދަން އެއްޗަކަށް (މ. ދަގަނޑު ކޮޅަކަށް) އެކި ސިފަ ގެނައުން. 5. (މީހުންނާއި ޖަނަވާރާ މެދު) ހަމައެއް ނެތް ގޮތަށް ގަނޑުކޮށް ޙަރަކާތްތެރިވުން. އެކި ދިމަދިމާއަށް އެކީގައި ގޮސް އުޅުން. go/put through the mill ހިތްގައިމު ނޫން ތަޖުރިބާއަކަށް މީހަކު ކުރިމަތިކުރުން/ކުރުވުން މ. ގިނަ ދަތި ސުވާލުތަކެއް ކޮށްގެން. I had the interview this morning – they really put me through the mill. mill-pond ފެނުން ހިންގާ އުޑިއެއް އެނބުރުމަށް ދެމޭ ކޯރެއް ހުރަސްކޮށް ތޮށިލައިގެން އުފައްދާ ފެންގަނޑު. sea was like a mill-pond = އޮމާން. ރާޅެއް ނެތް. mill-wheel އުޑި އަނބުރަން ކޯރެއްގެ ފެންގަނޑުގައި ޖައްސާފައި ހުންނަ ބުރަފަތި ފުރޮޅު.

millennium

މިލެނިއަމް. 1. 1000 އަހަރުގެ މުއްދަތް. ސާސްކަފު. 2. ނަޞާރާއިންގެ އިންޖީލުގައި، ޢީސާގެފާނުންގެ ވެރިކަން އޮންނާނެކަމަށް ބުނާ 1000 އަހަރު. 3. އެންމެންނަށް އުފަލާއި ފާގަތިކަމުގެ ދުވަސްވަރެއް.

millepede

މިލިޕީޑް. ނ. 1. ބިޗޫ ފަދަ ސުއިއްޕެއް. މީގެ ކޮންމެ ބަދައެއްގައި ދެފައި ހުރެއެވެ. ހާސްފައި. 2. ލަކުޑީގައި އަޅާބާވަތުގެ މަކުނެއް ނުވަތަ މިފަދަ ސުއިއްޕެއް.

miller

މިލަރ. ނ. ގޮވާން މުގުރާ އުނޑިއެއް ހިންގާ މީހާ. މިފަދަ އުޑި ހުންނަ ޢިމާރާތެއްގެ ވެރި ފަރާތް.

millet

މިލިޓް. ނ. ތިން ފޫޓު ހަތަރު ފޫޓަށް ހެދޭ، ކުދި އޮށްތަކެއް އަޅާ ގޮވާން ގަހެއް. ކުދިބަތާއި ބިންބިއަކީ މިލިޓްގެ ވައްތަރުތަކެވެ. 2 މި ގަހުގެ އޮށް، ކާނާގެ ގޮތުގައި.

milli-

މިލި. (ލަފުޒުގެ ކުރީގައި ހިމަނާ އަކުރެއް) އެއްހާސްބައިކުޅަ އެއްބައި.

millibar

މިލިބަރ. ނ. މޫސުމާބެހޭ ޢިލްމުވެރިކަމުގައި ބޭނުންކުރާ، ވައިގެ ފިއްތުން މިނާ ވަޒަން ކަމުގައިވާ ބާރ (bar) ގެ އެއްހާސް ބައިކުޅަ އެއްބައި.

milligram

މިލިގްރާމް. ނ. ގްރާމް އެއްގެ އެއް ހާސް ބައިކުޅަ އެއްބައި.

millilitre

މިލިލީޓަރ. ނ. ލީޓަރެއްގެ އެއް ހާސް ބައިކުޅަ އެއްބައި.

millimetre

މިލިމީޓަރ. ނ. މީޓަރެއްގެ އެއް ހާސް ބައިކުޅަ އެއްބައި.

milliner

މިލިނަރ. ނ. އަންހެނުން ބޮލުގައި އަޅާ ތޮފި ހަދައި ވިއްކާ މީހެއް. ނ. millinery މި މީހާގެ މަސައްކަތް. މިފަދަ ތޮފި ވިއްކާ ފިހާރައެއް.

million

މިލިއަން. ނ. 1. ދިހަ ލައްކަ. ގިނަ ނަމަ ކިޔާނީ a few million ގިނަ ގޮތަށް a few millions އެއް ނޫން. 2. އެއް މިލިއަން ޕައުންޑް ނުވަތަ ޑޮލަރު. 3. ވަރަށް ބޮޑު ޢަދަދެއް. ނއ. ނ. millionth.

millionaire

މިލިއަނެއަރ. ނ. އެއް މިލިއަން ޕައުންޑް/ޑޮލަރު މިލްކިއްޔާތުގައި ވާ މީހެއް. ވަރަށް މުއްސަނދި މީހެއް.

millstone

މިލްސްޓޯން. މިލްސްޓޮއުން. ނ. 1. ގޮވާން މުގުރާ އުޑީގެ މަތީ/ދަށު ކިބަ. 2. ކުރިއެރުމަށް ހުރަސްއަޅާ ބޮޑު ތަކުލީފެއް. a millstone round one’s neck.

milometer

މައިލޯމީޓަރ. ނ. އުޅަނދެއް ދުވި މޭލު މިނަން ބޭނުންކުރާ މީޓަރެއް.

milt

މިލްޓް. ނ. ފިރިހެން މަހުގެ މަނި/ބިސް. އަންހެން މަސް ފެނުތެރެއަށް ބިސް އެޅުމުން އޭގެ ތެރެއަށް ދޫކޮށްލާ ފިރިހެން މަހުގެ މަނި.

mime

މައިމް. ނ. އަނގައިން ނުބުނެ، އިޝާރާތުން އެކްޓް ކުރާކުރުން. މީގެ ދައްކާލުމެއް. —ކ. މިގޮތަށް އެކްޓް ކުރުން.

mimic

މިމިކް. ކ. (mimicked, mimicking) 1. މީހަކު (ނުވަތަ އެހެން އެއްޗެއް) އުޅޭ ގޮތަށް އުޅުން، އެ މީހެއްގެ/އެއްޗެއްގެ ހަރަކާތްތަކާއި ބަސްމަގު ކޮޕީކުރުން. ނަކަލުކުރުން، ތަލްޤީދުކުރުން. 2. އެހެން އެއްޗަކަށް މީހަކަށް ވެގެން އުޅުން. އެހެން އެއްޗަކާ އެއް ވައްތަރު ޖެއްސުން (މ. މުނިފޫހިފިލުވުން ފަދަ ކަމަކަށް). —ނ. މިގޮތަށް އެހެން މީހަކު ނަކަލުކުރުމަށް މޮޅު މީހެއް، ޚާއްޞަކޮށް މުނިފޫހިފިލުވުމަށް. —ނ. mimicry.

mimosa

މިމޯޒާ. ނ. ރީނދޫކުލައިގެ ގޮބު ގޮތަށް ހުންނަ މީރުވަހެއް ދުވާ ކޯޅިކޯޅިއަށް މައު އަޅާ ގަހެއް.

mina

މައިނާ. ނ. އޭޝިއާގައި އުޅޭ ދޫންޏެއް. މައިނާ.

minaret

މިނަރެޓް. ނ. މިސްކިތާ ގުޅިގެން ހުންނަ ތަނބެއް ފަދަ، މުސްލިމުން އެއަށް އަރާ ނަމާދަށް ގޮވާ މިސްކިތާ ގާތުގައިވާ އުސް ހަރެއް. މުންނާރު.

minatory

މިނަޓޯރީ. މިނަޓަރީ. ނއ. އިންޒާރެއް ހިމެނޭ. This minatory approach hasn’t scared children off hard drugs.

mince

މިންސް. ކ. 1. އެނބުރޭ ތިލައެއް ހުންނަ މެޝިނެއް ބޭނުންކޮށްގެން ކުދިކޮށް ކޮށުން. ކުދިކޮށް ކޮށުން. 2. ކުރު ފިޔަވަޅުތަކަކާ އެކު ޠަބީޢީ ނޫންގޮތަކަށް ހިންގުން. މާ ގަދަރުވެރިކަމަށް ފެންނަ ގޮތަށް ވާހަކަ ދެއްކުން. “there were plenty of secretaries mincing about” —ނ. ކުދިކޮށް ކޮށިމަސް. mince pie ކޮށިމަސް އެތެރެއަށް އަޅާފައި ހުންނަ ކުޑަ ބޯކިބަލެއް. not to mince matters or one’s words ސީދަލަށް ބުނުން.

mincemeat

މިންސްމީޓް. ނ. ބޯކިބާ ވައްތަރަށް ހުންނަ ކާއެއްޗެއް ހެދުމަށް ހަކުރާއި މޭބިސްކަދުރާއި އާފަލާއި ހަލުވާކުރި މޭވާތޮށި ފަދަ ތަކެތި ހިމެނޭ (މިކްސްޗަރ) މެކުނިގަނޑެއް. make mincemeat of ޒުވާބެއްގައި އަނެއް މީހާ މުޅީން ”ތިރިކޮށްލުން.“

mincer

މިންސަރ. ނ. އެނބުރޭ ތިލަ ހުންނަ، ކާތަކެތި ކުދިކޮށް ކޮށާ މެޝިނެއް. މިފަދަ އާލަތުން މައިގަނޑު ގޮތެއްގައި ކޮށަނީ ގެރި މަހެވެ.

mind

މައިންޑް. ނ. 1. ސިކުނޑީގައި ހުންނަ ވިސްނުމާއި ވަށައިގެންވާ މާހައުލު ދެނެގަތުމުގެ ޤާބިލްކަން. ބުއްދި. ޢަޤްލް. 2. މީހެއްގެ ސަމާލުކަމާއި ވިސްނުން. keep your mind on the job. 3. ހަނދުމަ ހުންނަ ހުރުން. keep it in mind. 4. ކަމަކާ މެދު ދެކޭގޮތް. change one’s mind. to my mind, he is a genius. 5. ކަމަކާ މެދު ވިސްނާ/ދެކޭ ގޮތް. ފިކުރުގެ ޙާލަތު. state of mind. 6. ހަމަހޭ ހުންނަ ހުރުން. ޢާއްމު ބުއްދި. in one’s right mind; out of one’s mind = ހޭ ބުއްދި ގޮސްފައި. މޮޔަވެފައި. ނުތަނަވަސް ކަމުން ހަމަ ބުއްދި ފިލާފައި. —mind ކ. 1. އަޅައިލުން. ފަރުވާތެރިވުން. ފަރުވާދިނުން. މ. minding the baby/shop. 2. ނުތަނަވަސްކަން، ދަތިކަން އިޙްސާސްވުން. އިންކާރުކުރުން. she doesn’t mind the cold; I shouldn’t mind a cup of coffee = ބޭނުން. 3. ވިސްނުމުގައި ބެހެއްޓުން. ފަރުވާތެރިވެ ހުރުން/ފަރުވާތެރިވުން. never mind the expense; mind you. 4. ހަނދާންކޮށް ފަރުވާތެރިކަން ދިނުން. mind the step; mind how you carry that tray. have a good/half mind to އެކަމެއް ކުރާ ހިތްވުން. to have a mind of one’s own އެހެން މީހުންގެ ޚިޔާލުތަކަށް ބުރަ ނުވެ، އަމިއްލައަށް ވަކި ފިކުރެއް، ގޮތެއް ނިންމާ. mind-bending ބުއްދިއަށް ގަދައަށް އަސަރުކުރުވާ. mind-boggling ކއ. ފިކުރު އާސޯޚްކުރުވާ. މުޅީން ހައިރާން ކުރުވާ. mind one’s P’s and Q’s އުޅުމާއި ވާހަކަ ދެއްކުމާ މެދު ފަރުވާތެރިވުން. mind-reader އެހެން މީހަކު ވިސްނާ ކަމެއް ދެނެގަނެވޭ މީހެއް. mind’s eye ކަންކަން ޚިޔާލަށް ގެނައުމުގެ ޤާބިލްކަން. one one’s mind އަބަދުހެން މީހާގެ ޚިޔާލުގައި، އަދި މިކަމުން ފިކުރު ބޮޑުވެފައި. put a person in mind of ކަމެއް ހަނދާން ކޮށްދިނުން. a triumph of mind over matter ޖިސްމާނީ އަދި އެހެން ހުރަސްތަކުގެ މައްޗަށް ޢަޒުމް ގަދަކުރުން.

minded

މައިންޑިޑް. ނއ. ވަކި ބާވަތެއްގެ ފިކުރެއް ހުރި. މ. independent-minded. 2. ބައެއް ބާވަތުގެ ކަންތައްތަކަށް ޝައުޤު ހުރި. މ. politically-minded, car-minded. 3. ކަމެއް ކުރުމުގެ ސިފަ، ޝައުޤު ހުރި. މ. if she is minded to help; could do it if he were so minded.

minder

މައިންޑަރ. ނ. އެއްޗެއް ބެލެހެއްޓުމަކީ އޭނާގެ ޒިންމާއަކަށް ވާ މީހާ. މ. machine minder.

mindful

މައިންޑްފުލް. ނއ. އެއްޗަކާ މެދު އަޅައިލުން. ކަމެއް ފިކުރުގައި ބެހެއްޓުން. mindful of his public image.

mindless

މައިންޑްލަސް. ނއ. ޚިޔާލެއް ފިކުރެއް ނެތް. ބުއްދިއެއް ނެތް. ކއ. mindlessly.

mine

މައިން. ނއ. (މިލްކުވެރިކަން އަންގައިދޭ ބަދަލުނަމެއް) އަހުރެންގެ. އަހުރެންނަށް މިލްކުވެގެން.

mine

މައިން. ނ. 1. ބިމުން މަޢުދަން އާއި ޖަވާހިރާއި އެހެން ފައިދާހުރި ތަކެތި ނެގުމަށް ކޮނެފައިވާ ވަޅެއް. (ޢ) މަންޖަމް. (އ) ކާނު. ލެޓިން ބަހުން މިނެރަ. 2. ވަރަށް ގިނައިން އެއްޗެއް ލިބެންހުރި ތަނެއް/އެއްޗެއް/ވަސީލަތެއް. a mine of information. 3. ބަޑިބޭސް އަޅާ ކަންވާރެއް. މި ބިމުގައި ވަޅުލުމުން ނުވަތަ މޫދުގައި އެޅުމުން އޭގެ ކައިރިން އެއްޗެއް ދިއުމުން ނުވަތަ އެއަށް އެރުމުން ގޮވާގޮތް ހެދެއެވެ. —ކ. 1. ބިމުން ރަން ފަދަ ތަކެތި ނެގުމަށް ކޮނުން. މިގޮތަށް ތަކެތި ނެގުން. 2. ގޮވާ މައިން ސަރަޙައްދެއްގައި ވަޅުލުން ނުވަތަ ކަނޑުގައި އެޅުން. mine-detector ނ. ގޮވާ މައިން ދެނެގަތުމަށް ބޭނުންކުރާ އާލަތެއް.

minefield

މައިންފީލްޑް. ނ. ގޮވާ މައިން ބިމުގައި ނުވަތަ ކަނޑުގައި ވާ ސަރަޙައްދެއް.

miner

މައިނަރ. ނ. މައިން އެއްގައި ފައިދާހުރި ތަކެތި ނެގުމަށް މަސައްކަތް ކުރާ މީހާ.

mineral

މިނަރަލް. ނ. 1. ޤުދްރަތީ ގޮތުން ބިމުގައި ހުންނަ ރަން، ތަފާތު ހިލަ، ބޯޓުދެލި ފަދަ ތަކެތި. ލެޓިން ބަހުން މިނެރަ/މިނަ. 2. މައިން އަކުން ނަގާ މިފަދަ ތަކެތި. 3. އަމަލުނުވާ ބުއިން (ޚާއްޞަކޮށް ބޮކި ޖަހާ ގޭސް ނެތް). —ނއ. މިގޮތުން ކޮނެ ނަގާތަކެއްޗާ ބެހޭ. މިފަދަ ތަކެތި ހިމެނޭ. mineral water ގިރިފައިހުންނަ ތަފާތު މަޢުދަން ތަކާއި ގޭސްތައް ހިމެނޭ ފެން. ބޮކިޖަހާ ގޭސްއެޅި، އަމަލުނުވާ ބުޔުމެއް.

minerology

މިނަރަލޮޖީ. ނ. މަޢުދަންތަކާ ބެހޭ ޢިލްމު. ބިމުގައި ހުންނަ ތަފާތު ގަލާއި އެފަދަ އެހެން ތަކެއްޗާ ބެހޭ ކިޔެވުން. މަޢުދަނީ ޢިލްމު. ނއ. mineralogical. ނ. mineralogist.

minestrone

މިނެސްޓްރޯނި. ނ. ކުދިކޮށް ކޮށާފައި ހުންނަ ތަރުކާރީ އާއި ޕާސްޓާ ހިމެނޭ އިޓަލީގެ ސުރުވާ އެއް.

minesweeper

މައިންސްވީޕަރ. ނ. ކަނޑުގެ އަޑީގައި އަޅާފައި ހުންނަ ގޮވާ މައިންތައް ސާފުކުރާ ބޯޓެއް.

mineworker

މައިންވާކަރ. ނ. މައިނެއްގައި (އުރުދޫ ބަހުން ކާން އެއްގައި. [މިނެރަ އެއްގައި]) މަސައްކަތް ކުރާ މީހެއް.

Ming

މިން. ނ. ޗައިނާގައި މީލާދީން 1368 – 1644 އަށް ވެރިކަން ކުރި ދަރިފަސްކޮޅަށް ނިސްބަތްވާ ތަށިމުށީގެ މަސައްކަތެއް.

mingle

މިންގްލް. ކ. 1. އެއްކުރުން. މެކުކުރުން. 2. މީހުންތަކުގެ ތެރެއަށް ވަދެ މިލިއުޅުން. އެކުގައި އުޅުން. mingled with the crowd.

mingy

މިންޖީ. ނއ. ނުރަސްމީ ބަހުރުވައިން ދަހި، ބަޚީލް.

Mini

މިނި. ނ. (ވިޔަފާރި މަރުކާއެއް) ވަރަށް ކުޑަ ކާރެއް.

miniature

މިނިޗަރ. ނ. އެހެން އެއްޗަކާ ވަރަށް ވައްތަރުކޮށް ހަދާފައިވާ އޭގެ ވަރަށް ކުޑަ އެއްޗެއް. —ނއ. ވައްތަރު ނަމަވެސް ވަރަށް ކުޑަ. in miniature ވަރަށް ކުޑަ ސައިޒަކަށް ހަދާފައިވާ. miniature camera ވަރަށް ކުޑަ ކެމެރާއެއް.

miniaturist

މިނިއެޗަރިސްޓް. ނ. ވަރަށް ކުޑަ ސައިޒެއްގައި މަންޒަރު ފަދަ ތަކެތި ކުރަހާ މީހެއް.

miniaturize

މިނިއެޗަރައިޒް. ކ. ވަރަށް ކުޑަ ސައިޒަކަށް އެއްޗެއް ހެދުން. ވަރަށް ކުޑަ ސައިޒެއްގެ ކުރެހުމެއް ކުރެހުން. ނ. miniaturization.

minibus

މިނިބަސް. ނ. މަދު ބަޔަކަށް އެރޭ މަގުމަތީގައި ދުއްވާ 8 މީޓަރަށް ވުރެ ކުރު ބަހެއް.

minicab

މިނިކެބް. ނ. ކުއްޔަށް ހިފިދާނޭ ޓެކްސީ އެއް. ނަމަވެސް މިއީ ދަތުރެއް ލިބޭތޯ މަގުމަތީގައި ދުއްވާ ކާރެއް ނޫނެވެ.

minicomputer

މިނިކޮމްޕިއުޓަރ. ނ. މައިކްރޯކޮމްޕިއުޓަރަކަށް ވުރެ ބޮޑު، ނަމަވެސް މެއިންފްރޭމް ކޮމްޕިއުޓަރަކަށް ވުރެ ކުޑަ ކޮމްޕިއުޓަރެއް.

minim

މިނިމް. ނ. 1. ސެމިބްރީވް (semibreve) އަކަށް ވުރެ ދެބައިކުރު މިޔުޒިކީ ނޯޓެއް. 2. ދިޔަ މިނާ ވަޒަނެއް. ގާތްގަޑަކަށް ތިއްކެއް.

minimal

މިނިމަލް. ނއ. (މިންވަރު، ސައިޒު) ވަރަށް ކުޑަ، މަދު. There were no injuries and damage to the building was minimal. އެންމެ ކުޑަ، މަދު. ކއ. minimally.

minimize

މިނިމައިޒް. ކ. 1. ވީ އެންމެ ކުޑަކުރުން. ވާނޭ އެންމެ ބޮޑަށް މަދުކުރުން. We must minimize the risk of infection. 2. އެންމެ ކުޑަވާނެ މިންވަރެއް އަންދާޒާކުރުން. އެއްޗެއް ނުވަތަ ކަމެއް އޭގެ ޙަޤީޤީ ގަދަރު ނުވަތަ މުހިއްމުކަމަށް ވުރެ ކުޑަކުރުން. It’s important to focus on your strengths and to minimize your weaknesses. 3. ކޮމްޕިއުޓަރު ސްކްރީންގައި ކުރެހިފައިވާ ގޮޅިއެއް ނުވަތަ ވިންޑޯއެއް ކުޑަކުރުން.

minimum

މިނިމަމް. ނ. (ގިނަ ނަމަ minima). 1. އެއްޗެއްގެ، ކަމެއްގެ ވާނޭ އެންމެ ކުޑަ، މަދު ވަރު. We need a minimum of ten people to play this game. ނއ. އެއްޗެއްގެ އެންމެ މަދު ކުޑަ މިންވަރު ސިފަކޮށްދޭން ބޭނުންކުރާ ލަފުޒެއް. (ސ) އަވަމަ. މ. 18 is the minimum age for entering most jobs. ކއ. އެންމެ މަދުން. އެންމެ ކުޑަކޮށް. She thinks that you should do three exercise classes a week minimum.

mining

މައިނިން. ނ. 1. ބިމުގެ ތެރޭގައި މަޢުދަން، ޖަވާހިރު ފަދަ ތަކެތި ނަގާ ނެގުން. 2. ގޮވާ މައިން ބިމުގައި ބަހައްޓާ ނުވަތަ ކަނޑުގައި ހަރުކުރާ ހަރުކުރުން.

minion

މިންޔަން. ނ. (ހުތުރުބަހެއް) އެހެން މީހަކު ބުނީމާ އަންގާ ގޮތަށް ކަންކަން ކުރަންޖެހޭ މީހެއް. He sent one of his minions to do something about it.

miniskirt

މިނިސްކާޓް. ނ. އުނަގަނޑާއި ކަކުލުހުޅާ ދެމެދުގެ ދިގުމިނުގެ ކުރު ސްކާޓް.

minister

މިނިސްޓަރ. ނ. 1. ސަރުކާރުގެ މަޙަކްމާއެއްގެ ނުވަތަ ވުޒާރާއެއްގެ އިސް މީހާ. ވަޒީރު. މަންތިރި. 2. ސިފާރަތުޚާނާގައި މަސައްކަތް ކުރާ އެމްބެސެޑަރ އަކަށް ވުރެ ދަށް އިސް މީހެއް. 3. ނަޞާރާއިންގެ ޕްރެސްބިޓޭރިއަން މަޒުހަބުގެ އިސް ފާދިރީ. —ކ. މީހެއްގެ ބޭނުންތަކަށް އަޅައިލުން. nurses ministered to the wounded. ނއ. ministerial.

ministry

މިނިސްޓްރީ. ނ. 1. ވަޒީރެއްގެ ބެލުމުގެ ދަށުން ހިންގާ ވުޒާރާއެއް. ސަރުކާރުގެ މަޙަކްމާއެއް. 2. ވަކި ރައީސެއްގެ ދަށުގައި ހިނގި ސަރުކާރު. ހުރިހާ ވަޒީރުން. ކެބިނެޓް. 3. ފާދިރީއެއްގެ މަސައްކަތް ނުވަތަ އެ ފަންނު.

mink

މިންކް. ނ. 1. ފިނި ޤައުމުތަކުގައި އުޅޭ ދިގު ބުޅަލެއް ވައްތަރުގެ ޖަނަވާރެއް. (ފ) ރާސޫ. 2. މީގެ އަގުބޮޑު ކެހެރި. 3. މި ކެހެރިން ހަދާފައި ހުންނަ ކޯޓު.

Minn.

ކުރުކޮށް Minnesota.

Minnesota

މިނިސޯޓާ. ނ. ޔޫ.އެސް. ގެ ސްޓޭޓް އެއް.

minnow

މިނޯ. ނ. ފެންމީރުމަސް ފަދަ ކުޑަ މަހެއް.

Minoan

މިނޯއަން. ނއ. ކްރީޓްގައި މީލާދީ ތާރީޚް ފެށުމުގެ 1000 އާއި 3000 އަހަރުގެ ކުރިން އޮތް ޙަޟާރަތަށް ނިސްބަތްވާ. ނ. މި ޙަޟާރަތުގައި މީހެއް. މި ނަން ކިޔަނީ އެ ދުވަސްވަރުގެ މަޝްހޫރު ރަސްކަލެއް ކަމަށްވާ މިނޮސް އަށް ނިސްބަތްކޮށެވެ.

minor

މައިނަރ. ނއ. 1. އެހެން ކަމަކާ އަޅާބަލާއިރު މުހިއްމު/ބޮޑު ނޫން. އެވައްތަރުގެ އެހެން އެއްޗަކާ އަޅާބަލާއިރު އަސަރު/ނުފޫޒު/ނަތީޖާ/މުހިއްމުކަން ކުޑަ. a minor operation ފުރާނައަށް ގެއްލުމެއް ނެތް ކުޑަ އޮޕަރޭޝަން އެއް. 2. މިޔުޒިކްގައި، ދެރަވާ ބާވަތުގެ ސްކޭލްއަކަށް ނިސްބަތްވާ. ނ. ބޮޑު މީހެއްގެ ޒިންމާތައް އަދާނުކުރެވޭ ފަދަ ހަގު މީހެއް. —ކ. ކޮލެޖެއްގައި، ދެވަނަ އަށް އެންމެ ގިނައިން ކިޔަވާ މާއްދާތަކުގެ ދާއިރާ.

minority

މައިނޮރިޓީ. ނ. 1. އެއްޗެއްގެ/ޖަމާޢަތެއްގެ މަދު ޢަދަދެއް ނުވަތަ މަދު ބައެއް. އަޤަލިއްޔަތު. 2. ދީނުގެ ގޮތުން، ނަސްލުގެ ގޮތުން، ޚިޔާލުގެ ގޮތުން ފަދަ ކަންކަމުން، ގިނަ މީހުންނާ ތަފާތު ޖަމާޢަތެއް. 3. ޤާނޫނީ ގޮތުން ބޮޑު މީހެއްގެ މަސްއޫލިއްޔަތުތައް އަދާކުރަން ނުޖެހޭ ޢުމުރުފުރާ.

minster

މިންސްޓަރ. ނ. ބައެއް ބޮޑެތި ފައްޅިތަކަށް ދޭ ނަމެއް. މ. York Minster.

minstrel

މިންސްޓްރަލް. ނ. އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ، މިޔުޒިކު ކުޅެ ލަވަކިޔާ މީހެއް. މުންޝިދު. މި މީހުން އުޅުނީ މ. 1000-1400 އާ ދެމެދުގައެވެ.

mint

މިންޓް. ނ. 1. ޤައުމެއްގެ ލާރި ޖަހަން ހުއްދަ ދީފައިވާ ތަނެއް. ސިއްކަގެ. 2. ވަރަށް ބޮޑު މިންވަރެއް. left him a mint of money. —ކ. 1. ތައްގަނޑުން ލާރި ޖެހުން. 2. ލަފުޒެއް އީޖާދުކުރުން/ހެދުން. in mint condition އަލަށް ޖެހި ފައިސާ ފޮއްޗެއް ހެން އައު. ހަޑިނުވާ.

mint

މިންޓް. ނ. 1. ފަތުގައި މީރު ރަހަލާ، ތިރިކޮށް ހެދޭ ގަހެއް. ކުދީނާ. 2. މިއިން ރަހަލައްވާފައި ހުންނަ ފޮނި މެޓައެއް. ނއ. minty.

minuet

މިނުއެޓް. ނ. ލަސް، ފަރަންސޭސި ނެށުމެއް. މިނެށުމުގައި ފައި ކުރިއަށް ގިނައިން ދިއްކުރުމާއި ތިރިވުން ހިމެނެއެވެ. މިއަށް ހަދާފައި ހުންނަ މިޔުޒިކް.

minus

މައިނަސް. (ޕރޕ). 1. ޢަދަދު ކަނޑައިގެން ދަށްކޮށްފައި. seven minus three equals four 7-3-4. 2. ސުމަކަށް ވުރެ ދަށް. temperatures of minus ten degrees Celsius (-10C). 3. ނުހިމަނައި. ނުލައި. ކަނޑައި. returned minus his shoes. އިޝާރާތްކުރާ ޢަދަދަށް ވުރެ މަދު. a minus quantity. ވަކި ގުރޭޑް އަކަށް ވުރެ ދަށް A-. —ނ. 1. ކަނޑާ ފާހަގަ. 2. ގެއްލުމެއް، ހިތިކާރަ.

minuscule

މިނަސްކިޔުލް. ނއ. އާދަޔާ ޚިލާފަށް ކުޑަ. (ލެޓިން އަތުލިޔުމާ މެދު) ކެޕިޓަލް އަކުރުތައް ނުހިމެނޭ. ނ. މިފަދަ އަކުރުތަކަކުން ލިޔެފައިވާ ލިޔުމެއް.

minute

މިނިޓް. ނ. 1. ގަޑިއެއްގެ 60 ބައިކުޅަ އެއްބައި. 2. ކަނެއްގެ ނުވަތަ ޒާވިޔާ ގެ ބޮޑުމިން ބެލުމަށް ގެންގުޅޭ ވަޒަނެއް. ޑިގްރީއެއްގެ 60 ބައިކުޅަ އެއްބައި. 3. ކަނޑައެޅިފައިވާ ވަކި ބަރާބަރު އިރެއް/ގަޑިއެއް. 4. ވަރަށް ކުޑަ އިރުކޮޅެއް. ހިނދުކޮޅެއް. 5. ހަނދާނަކަށް ލިޔާ ލިޔުމެއް. —ކ. ނޯޓުކުރުން. ހަނދާނަކަށް ލިޔުން، ގަލަންކުރުން. ޖަލްސާއެއްގެ ޔައުމިއްޔާގައި ރެކޯޑުކުރުން. —ނ. minutes ޖަލްސާއެއްގެ ނުވަތަ ބައްދަލުވުމެއްގެ ޔައުމިއްޔާ. minute steak އަވަހަށް ކައްކާލެވޭނޭ، ގެރިމަހުގެ ވަރަށް ތުނި ފޮއްޗެއް.

minute

މައިނިއުޓް. ނއ. 1. ވަރަށް ކުޑަ. 2. ތަފްޞީލީ އަދި ބަރާބަރަށް. ކަވި. The documentary showed an eye operation in minute detail (= ވަރަށް ކުދި ތަފްޞީލްތައް ފެންނަ ޑޮކިޔުމެންޓްރީ އެއް). ކއ. minutely.

minutiae

މިންޔޫޝިއައި. ނ. ވަރަށް ކުދި (ގިނަ ފަހަރު މުހިއްމު ނޫން) ތަފްޞީލްތައް. The committee studied the minutiae of the report for hours.

minx

މިންކްސް. ނ. ސަމާސާ ކުރާ ނުވަތަ ސިޔާސަ އަންހެން ކުއްޖެއް.

miracle

މިރެކްލް. ނ. 1. މުޅީން އާދަތަކާ ޚިލާފު އަދި އެދެވޭ ހާދިސާއެއް/ކަމެއް. މިފަދަ ކަމެއް ދުނިޔޭގެ ޢާއްމު ޠަބީޢީ ޤާނޫނީ ހަމަތަކަކުން ނުވާނެއެވެ. އެހެންކަމުން، އެކަންވަނީ ކަލާނގެ ކުޅަދުންވަންތަކަމުން ކަމަށް ބުނެއެވެ. މުޢުޖިޒާތް. 2. އާދަޔާ ޚިލާފު، އާސޯޚްކުރުވަނިވި މިސާލެއް، ނަމޫނާއެއް. it’s a miracle of ingenuity.

miraculous

މިރެކިޔުލަސް. ނ. މުޢުޖިޒާތަކަށް ނިސްބަތްވާ. މުޢުޖިޒާތެއް ފަދަ. ވަރަށް މޮޅު. ޤަބޫލުކުރަން ދަތި، ވަރަށް ހައިރާން ކުރުވަނިވި. ކއ. miraculously.

mirage

މިރާޖް. ނ. ޖައްވުގެ ހޫނުމިނާއި އެކި ކަންކަން ހުރިގޮތުން، ހޫނު އިރެއްގައި، މަގެއްގައި ނުވަތަ ހާމަ ސަހަރާއެއްގައި، ފެންގަނޑެއް އޮތްކަމަށް ފެންނަ ފެނުން. އަވާމެންދުރު. (ފ) ސަރާބު.

mire

މަޔަރ. ނ. 1. ތަތް ތެތް ފުން ވެލި ހުރި ސަރަޙައްދެއް. ޗަސްބިން. ކިސަޑުބިން. 2. ކިސަޑު. ކިސަޑު ހިރަފުސް.

mirror

މިރަރ. ނ. އެއްފަރާތުގައި ދިރޭރަހަލައިގެން އަލި ރިވެލިވާގޮތް ހަދާފައި ހުންނަ ބިއްލޫރިގަނޑު. (ފ) އާއިނާ. މޫނުބަލާ ލޯގަނޑު. —ކ. މޫނުބަލާ ލޯގަނޑެއް ފަދައިން ހިޔަނި ފެނުން. mirror image މޫނުބަލާ ލޯގަނޑަކުން ވާ ފަދައިން، މައްޗާއި ތިރީކޮޅު ހުރިގޮތަށް ހުރެފައި، ނަމަވެސް، ދެ ފަރާތް ބަދަލުވެފައި ހުންނަ ސޫރަ.

mirth

މާތް. ނ. (ތ ސުކުން ކިޔާނީ ފިއްތިއަޑުން). އުފާވެރިކަމާއި ހުނުމުގެ ޙާލަތް. މަޖާކަން. ނަޝާޠު. Her impersonations of our teachers were a source of mirth. ނއ. mirthful, mirthless.

mis-

މިސް. (ލަފުޒުގެ ކުރިއަށް ހިމަނާ އަކުރެއް). ނުބައިކޮށް، ގޯސްކޮށް.

misadventure

މިސްއެޑްވެންޗަރ. ނ. ބަދު ނަސީބުގެ ކަމެއް. death by misadventure (ޤާނޫނީ ޢިލްމުގައި) ޤަޞްދުގައި ނޫންގޮތަކަށް މީހެއްގެ ޢަމަލެއްގެ ސަބަބުން އެހެން މީހަކު މަރުވުން.

misanthropist

މިސެންތްރޮޕިސްޓް. ނ. މީހުންނާ ނުރުހޭ މީހެއް. މީހުން ދެކެ ފޫހިވާ މީހެއް.

misanthropy

މިސެންތްރޮޕީ. ނ. (ވަކި މީހެއްނޫން) އިންސާނުންނަށް ހުންނަ ނުރުހުންތެރިކަން. ނއ. misanthropic.

misapprehend

މިސްއެޕްރިހެންޑް. ކ. ނުބައިކޮށް ދޭހަވުން. ނުބައިކޮށް އޮޅުންފިލުން. ނ. misapprehension.

misappropriate

މިސްއެޕްރޯޕްރިއޭޓް. ކ. ހުއްދަނޫން ގޮތަކަށް ނެގުން، އަތުލުން، ދަމައިގަތުން ޚާއްޞަކޮށް އަމިއްލަ ބޭނުމަށް. ތިމާގެ އަމިއްލަ ބޭނުމަކަށް ހަވާލުކޮށްފައިވާ އެއްޗަކުން ވައްކަންކުރުން. He misappropriated $30,000 to pay for personal travel.

misbegotten

މިސްބިގޮޓްން. ނއ. ނުބައިކޮށް މޮޔަކޮށް ފަރުމާކޮށްފައިވާ، ނުވަތަ ރާވާފައިވާ. މ. a misbegotten belief/idea.

misbehave

މިސްބިހެއިވް. ކ. ނުބައިކޮށް އުޅުން. I was always getting in trouble for misbehaving at school. ނ. misbehaviour.

miscalculate

މިސްކެލްކިޔުލޭޓް. ކ. ނުބައިކޮށް ހިސާބުކުރުން، ވިޔަކުރުން. ޙާލަތެއް، ކަމެއް ވާނެގޮތް ނުބައިކޮށް ދެނެގަތުން. ނ. miscalculation.

miscall

މިސްކޯލް. ކ. ނުބައި ނަމަކުން ގޮވުން، ނުބައި ނަމެއް ދިނުން.

miscarriage

މިސްކެރިޖް. ނ. 1. ދުވަސް ނުފުރާ ރަޙިމްގައިވާ ދަރިފުޅު ބައިގެންދާ ދިއުން. 2. ރަނގަޅު ނަތީޖާ ނެރުމަށް ވާ ފޭލި ނުވަތަ ކުރެވޭ ކުށް. a miscarriage of justice. 3. ސިޓީއެއް ޕާރުސަލެއް ފަދަ އެއްޗެއް ރައްދުކުރަންޖެހޭ ފަރާތަށް ފުރާތަ ނުކުރެވޭ ނުކުރެވުން.

miscarry

މިސްކެރީ. ކ. (miscarried, miscarrying) 1. ދަރިއަކު ބައިގެން ދިއުން. 2. (މަޝްރޫޢުއެއް، ރޭވުމެއް) ގޯސްކޮށްދިއުން، ފޭލިވުން. 3. (ސިޓީ، ޕާރުސަލް ފަދަ ތަކެތި) އޭގެ މަންޒިލަށް ނުފޯރުން.

miscast

މިސްކާސްޓް. ކ. ފިލްމެއް ތަމްސީލެއް ކުޅޭ މީހަކަށް އޭނާއާ ނުގުޅޭ ކަހަލަ ރޯލެއް، ބައެއް ދިނުން.

miscellaneous

މިސަލެއިނިއަސް. ނއ. 1. ނުގުޅޭ އެކިއެކި އެއްޗެތިތަކެއް ހިމެނޭ. (ސ) ވިވިދަ. އެކިއެކި. miscellaneous items. 2. ނުގުޅޭ ސިފަތަކެއް ހުރި. a miscellaneous collection.

miscellany

މިސެލަނީ. މިސަލެއިނީ. ނ. އެތައް ބާވަތުގެ އެއްޗެތި ތަކެއް. ތަފާތު ވައްތަރުވައްތަރުގެ އެއްޗެތިތަކެއް. މަސްހުނިތަކެތި ތަކެއް. އޭތިމީތި. (ޢ) މުތަފައްރިޤާތު. (ސ) ވިވިދަ.

mischance

މިސްޗާންސް. ނ. ބަދުނަސީބެއް. ދެރަލިބޭ ހާދިސާއެއް.

mischief

މިސްޗީފް. ނ. 1. (ޚާއްޞަކޮށް ކުޑަކުދީންގެ) އުޅޭގޮތުން ރުޅި އަންނަ ނުވަތަ ކުދި ގެއްލުން ލިބޭ ނަމަވެސް ބޮޑެތި ގެއްލުން ދިނުން މަޤްޞަދަކަށް ނުވާ ޢަމަލު. ސިޔާސަކަން. ލާނެތްކަން. 2. މީހުން ރުޅިއަރުވާ އަދި ލާނެތް ކަންކަން ކުރާ ޠަބީޢަތް. full of mischief. 3. ގެއްލުން، ހަލާކު. did a lot of mischief. do someone a mischief = އޭނާއަށް ހާނީއްކައެއް ކުރުން. make mischief ދޭތެރެ ޖެއްސުން. mischief maker = މިކަން ކުރާ މީހާ.

mischievous

މިސްޗިވަސް. ނއ. އުޅުން ކުޑަކޮށް ނުބައި ނަމަވެސް ބޮޑެތި ގެއްލުމާއި އަނިޔާ ދިނުން ގަސްދަކަށް ނުވާ. (މީހަކާ މެދު) ސިޔާސަކަން ބޮޑު. ލާނެތް. (ޢަމަލަކާ މެދު) ސިޔާސަކަމުން ކުރިމަތިވި. ކއ. mischievously.

miscible

މިސަބްލް. ނއ. އެހެން ދިޔައަކާ އެކުވާ. ފެނަކީ ތެލާ މިސަބްލް އެއްޗެއް ނޫން.

misconceive

މިސްކޮންސީވް. ކ. ޙަޤީޤަތާ ޚިލާފަށް، ނުބައިކޮށް ކަމެއް ފަހުމްވުން. ޙަޤީޤަތާ ޚިލާފަށް ނުބައިކޮށް ތަފްސީރު/ތަރުޖަމާ/ތަޢުބީރު ކުރުން.

misconception

މިސްކޮންސެޕްޝަން. ނ. ނުބައި ތަރުޖަމާއެއް. ނުބައިކޮށް އޮޅުންފިލާފައިވާ، ފަހުމްވެފައިވާ ކަމެއް.

misconduct

މިސްކޮންޑަކްޓް. ނ. 1. ނުބައި ސުލޫކު. ނުބައިކޮށް އުޅޭ އުޅުން. 2. ޒިނޭކުރުން. 3. ގަވާއިދުތަކާ ޚިލާފަށް ތަނެއް އިދާރީގޮތުން ހިންގާ ހިންގުން. މިގޮތުން ހިނގާދިޔަ ކަމެއް.

misconstrue

މިސްކޮންސްޓްރޫ. ކ. ނުބައިކޮށް ތަރުޖަމާކުރުން، ނުބައިކޮށް ދެނެގަތުން/ތަފްސީރުކުން/ތަޢުބީރުކުރުން. She said Ali had misconstrued her comments. ނ. misconstruction.

miscopy

މިސްކޮޕީ. ކ. (miscopied, miscopying) ނުބައިކޮށް ކޮޕީކުރުން/ނަކަލުކުރުން.

miscount

މިސްކައުންޓް. ކ. ނުބައިކޮށް ގުނުން، ވިޔަކުރުން. —ނ. ނުބައި ގުނުމެއް.

miscreant

މިސްކްރިއަންޓް. ނ. 1. ގަވާއިދާ އެއްގޮތަށް ކަންތައްތައް ނުކުރާ މީހެއް. ނުބައިކޮށް އުޅޭ މީހެއް. 2. ކުށެއް ކުރި މީހާ. ނުބައި މީހެއް.

misdeal

މިސްޑީލް. ކ. (misdealt, misdealing) ތާސްކުޅޭއިރު ނުބައިކޮށް ބެހުން. —ނ. މިފަދަ ބެހުމެއް.

misdeed

މިސްޑީޑް. ނ. ގޯހެއް. ކުރަންނުވާ ކަމެއް. ކުށެއް. ޖަރީމާއެއް. ނުބައި ޢަމަލެއް.

misdemeanour

މިސްޑިމީނަރ. ނ. ކުށެއް. ކުރެވުނު ނުބައިކަމެއް. (ޢ) ޖުންޙަތު [މިފަދަ ކުށަކީ މީހުން މެރުންފަދަ ބޮޑެތި ކުށްކަމަށް ނުބަލައެވެ. ބައެއް ޤައުމުތަކުގައި މިފަދަ ކުށަށް (މ. ތަކެއްޗަށް ގެއްލުން ދިނުން، ހައްޔަރުކުރުމަށް ދެކޮޅުހެދުން ފަދަ ކަންކަމަށް) ދޭނީ އެއް އަހަރަށް ވުރެ މަދު ޖަލު ހުކުމެކެވެ. ނޫނީ އެއަށް ވުރެ ލުއި އަދަބެކެވެ.]

misdirect

މިސްޑިރެކްޓް. މިސްޑައިރެކްޓް. ކ. ނުބައިކޮށް މަގު/މިޞްރާބު/ކަންކުރަންވީގޮތް ދެއްކުން.

miser

މައިޒަރ. ނ. މުދައު، ފައިސާ އެއްކޮށް ވީ އެންމެ ކުޑަ މިންވަރަކުން ޚަރަދުކޮށް އުޅޭ މީހާ. (ޢ) ބަޚީލް. (އ) ކަންޖޫސް. ދަކުމީހާ. ނއ. miserly. ނ. miserliness.

miserable

މިޒަރަބްލް. ނއ. 1. ވަރަށް މޮޅިވެފައި، ދެރަވެފައި. ނުތަނަވަސްވެ ހާސްވެފައި. 2. ހިތްހަމަނުޖެހިފައި 3. ހިތްގައިމު ނޫން. މ. miserable weather. 4. ވެށި ނުވަތަ ފެންވަރު ވަރަށް ދަށް، ނިކަމެތި. މ. a miserable attempt. miserable slums. ކއ. miserably.

miserere

މިޒަރިރީ. ނ. ބަލާ misericord. miserere seats.

misericord

މިޒަރިކޯޑް. ނ. ފައްޅިތަކުގައި އިހުގައި ހުންނަ އިށީންނަ ބައި ތެދުކުރެވޭ ގޮނޑިތަކުގައި ކޮޅަށް ހުންނަ މީހެއްގެ ބުޑު ޖައްސާލުމަށް ތިރީގައި ހުންނަ ކުޑަ ފިލާގަނޑެއް. މި ބޭނުންކުރަނީ އެބައި މީހުންގެ އަޅުކަމުގައި ގިނަ އިރު ކޮޅަށް ހުންނަން ޖެހޭތީ، ފަޔަށްކުރާ ބާރު ކުޑަކުރުމަށެވެ.

misery

މިޒަރި. ނ. 1. ވަރަށް ބޮޑު މުޞީބާތެއް، ހިތްހަމަނުޖެހުމެއް، މޮޅިވެރިކަމެއް. 2. މިގޮތް މެދުވެރިވި ސަބަބު. 3. (ނުރަސްމީ ބަހުރުވައިން) ޝަކުވާ ގިނައިންކުރާ ނުވަތަ އެކުއުޅެން ހިތްހަމަނުޖެހޭ މީހެއް.

misfire

މިސްފަޔަރ. ކ. 1. (ބަޑިއަކާ މެދު) ރަނގަޅަށް ނުޖެހުން. ޖެހުމުން ވަޒަން ނުދިއުން. 2. (އެންޖިން އަކާ މެދު) ރަނގަޅަށް އިސްޓާޓުނުވުން، ރަނގަޅަށް ނުހިނގުން. 3. ބޭނުންވާ އަސަރު ނުނިކުތުން. މ. the joke misfired.

misfit

މިސްފިޓް. ނ. 1. މީހަކަށް ފެހި، އޭނާއަށް ހެޔޮވަރުނޫން އަންނައުނެއް، ފޭރާމެއް. 2. އޭނާގެ ޢަމަލުތައް ހުންނަ ގޮތުން، އެހެން މީހުން ނުރުހެވޭ، މަސައްކަތު މާހައުލާ ނުގުޅޭ މީހެއް.

misfortune

މިސްފޯޗުން. ނ. ބަދު ނަޞީބު. މުސީބާތް. ހިތާމަވެރި ހާދިސާއެއް.

misgiving

މިސްގިވިން. ނ. ވާން އޮތް ކަމަކާ މެދު ޝައްކު، ކުޑަކޮށް ބިރުގަންނަ، އިތުބާރުނުކުރެވުން ފަދަ ޝުއޫރެއް އުފައްދާ އިޙްސާސެއް. Many teachers expressed serious misgivings about the new tests.

misguided

މިސްގައިޑިޑް. ނއ. ނުބައި މަޢުލޫމާތު ނުވަތަ ޤަބޫލުކުރުންތަކަކަށް ބަރޯސާވެފައިވާތީ ކަމުނުދާ ނުވަތަ ބުއްދީގެ ހަމަތަކަށް ނުފެތޭ. ޢަމަލުގައި ނުވަތަ ޚިޔާލުގައި ކުށެއް ޖެހިފައިވާ. ނުބައިކޮށް ކަނޑައަޅައިފައިވާ. He was shot as he made a misguided attempt to stop the robbers single-handed. ކއ. misguidedly.

mishandle

މިސްހެންޑްލް. ކ. ކަމެއް ނުބައިކޮށް ނުވަތަ އެންމެ އެދެވޭ ނޫންގޮތަކަށް ހައްލުކުރުން. ބަހައްޓަންޖެހޭ ފަރުވާތެރިކަން ނުބަހައްޓާ ކަމެއް ތަންފީޒުކުރުން. The police were accused of mishandling the investigation.

mishap

މިސްހެޕް. ނ. ބަދު ނަސީބު ހާދިސާއެއް ނުވަތަ އެކްސިޑެންޓް އެއް. The parade was very well organized and passed without mishap.

mishear

މިސްހިއަރ. ކ.(misheard, mishearing) ނުބައިކޮށް އަޑުއިވުން.

mishmash

މިޝްމޭޝް. ނ. ހަމައެއް ނެތި އެއްކޮށްފައިވާ އެއްޗެތިތަކެއް. The new housing development is a mishmash of different architectural styles.

misinform

މިސްއިންފޯމް. ކ. ނުބައި މަޢުލޫމާތު މީހަކަށް ނުވަތަ ބަޔަކަށް ދިނުން.

misinterpret

މިސްއިންޓަރޕްރިޓް. ކ. ނުބައިކޮށް ތަރުޖަމާކުރުން. ނުބައިކޮށް ދޭހަވުން، ދެތުން. My speech has been misinterpreted by the press. ނ. misinterpretation.

misjudge

މިސްޖަޖް. ކ. ކަމަކާ ނުވަތަ މީހަކާ މެދު ޙަޤީޤަތާ ތަފާތު ނުބައި ޚިޔާލެއް، ފިކުރެއް ކުރުން. ޙަޤީޤަތާ ޚިލާފަށް ވިސްނުން. ނ. misjudgement.

mislay

މިސްލެއި. ކ. (mislaid, mislaying) އެއްޗެއް ތަނަކު ބޭއްވުމަށް/ބެހެއްޓުމަށް ފަހު އެ ބޭއްވި ނުވަތަ ބެހެއްޓިތަން ހަނދާން ނެތުން. ވަގުތީ ގޮތުން އެއްޗެއް ގެއްލުން.

mislead

މިސްލީޑް. ކ. (misled, misleading) އެއްޗަކާ ނުވަތަ ކަމަކާ މެދު ނުބައި ފިކުރެއް/ޚިޔާލެއް އުފެދޭ ގޮތް ހެދުން. މީހަކު ”ވާވެއްދުން،“ މަގުފުރެއްދުން.

mismanage

މިސްމެނިޖް. މިސްމެނެޖް. ކ. ގޯސްކޮށް ކަމެއް އިންތިޒާމުކޮށް ކޮންޓްރޯލްކުރުން. ނުބައިކޮށް ނުވަތަ ވަރަށް ގޯސްކޮށް ކަންކަން ހިންގުން. ނ. mismanagement.

misname

މިސްނެއިމް. ކ. ނުބައި ނަމަކުން ގޮވުން. ނުބައި ނަމެއް ދިނުން. = miscall.

misnomer

މިސްނޯމަރ. ނ. ލާއިޤްނޫން، އެކަށީގެން ނުވާ ނަމެއް. ނުބައިކޮށް އެއްޗަކަށް ދީފައިވާ ނަމެއް ނުވަތަ ސިފަކުރުމެއް. It’s a misnomer to refer to these inexperienced boys as soldiers.

misogynist

މިސޮޖިނިސްޓް. ނ. އަންހެނުންނަށް ނަފްރަތުކުރާ ފިރިހެނެއް.

misplace

މިސްޕްލެއިސް. ކ. 1. އެއްޗެއް ނުބައި ތަނަކަށް ލުން. ނުބައި ތަނެއްގައި އެއްޗެއް ބޭއްވުން/ބެހެއްޓުން. އެއްޗެއް ބޭއްވުނު ތަން ހަނދުމަނެތި ވަގުތީ ގޮތުން އެ އެއްޗެއް ގެއްލުން. 2. ޙިކްމަތްތެރި ނޫން ގޮތަކަށް، އިތުބާރު ކުރަން ނުވާ މީހަކަށް، ކަމަކަށް އިތުބާރުކުރުން. 3. ނޭކަށޭނެ ޙާލަތެއްގައި ބަސް ބުނުން ނުވަތަ ޢަމަލެއް ކުރުން. މ. misplaced humour = ސަމާސާކުރަން ނުވާ ޙާލަތެއްގައި ކުރާ ސަމާސާ.

misprint

މިސްޕްރިންޓް. ނ. ޗާޕުކުރުމުގައި ޖެހިފައިވާ ކުށެއް.

misquote

މިސްކްވޯޓް. ކ. މީހަކު ބުނި އެއްޗެއް ނުބައިކޮށް އެހެން ޙާލަތެއްގައި ބުނުން. މީހަކު ބުނި އެއްޗެއް ތެދުނޫންކޮށް ތަކުރާރުކުރުން ނުވަތަ ނަޤުލުކުރުން. ނ. misquotation.

misread

މިސްރީޑް. ކ. ނުބައިކޮށް އެއްޗެއް ކިޔުން. ނުބައިކޮށް ތަރުޖަމާކުރުން.

misrepresent

މިސްރެޕްރިޒަންޓް. ކ. (ގިނަ ފަހަރު ފައިދާއެއް ލިބިގަތުމަށް) ފިކުރެއް، ޚިޔާލެއް، ޙާލަތެއް ނުބައިކޮށް ސިފަކުރުން. އޮޅުވާލުމަށް ކަމެއް ނުބައިކޮށް (ޙަޤީޤަތާ ޚިލާފަށް) ހުށަހެޅުން. ނ. misrepresentation.

misrule

މިސްރޫލް. ނ. ދައުލަތެއް، ސަރުކާރެއް އިންސާފެއް ހަމައެއް ނެތް ގޮތަށް ނުބައިކޮށް ހިންގާ ހިންގުން.

miss

މިސް. ކ. 1. އެއްޗެއް ޖަހަން، ފޯރަން، ހިފަން (މ. އެއްލި ބޯޅައެއް) ފޭލިވުން/ނާކާމިޔާބުވުން. މަޅައިގަނެފައި ނުޖެހެވުން. 2. އެއްޗެއް އަޑުއިވުން، ފެންނަން، އޮޅުންފިލަން ފަދަ ކަމެއް ކުރުމަށް ފޭލިވުން/ނާކާމިޔާބުވުން. we missed the signpost; missed that remark. 3. ރޭލެއް، ފެރީއެއް، ފްލައިޓްއެއް ފަދަ އެއްޗަކަށް އެރުމަށް ލަހުން އާދެވިގެން ނުވަތަ އެފަދަކަމަކާ ހެދި ނާކާމިޔާބުވުން/ފޭލިވުން. ބައްދަލުވުމަކަށް/ޖަލްސާއަކަށް ގަޑިއަށް ނާދެވުމުން ނުވަތަ އެހެންވެސް ކަމަކާ ހެދި ބައިވެރިވެވޭ ގޮތް ނުވުން. ފުރުޞަތެއްގެ ބޭނުން ނުކުރެވުން. 4. އުނިކުރުން، އުނިވުން. 5. (މީހެއް، އެއްޗެއް) ނެތްކަން ފާހަގަވުން. 6. ނެތުމުން މޮޅިވުން. Ali will not be missed އޭނާ ނެތަސް/މަރުވިއަސް ދެރައެއް ނުވާނެ. 7. އެއްފަރާތް ވުން. މ. go this way and you will miss the traffic. 8. (އެންޖިން އަކާ މެދު) ރަނގަޅަށް ނުހިނގުން. —ނ. 1. އަމާޒުކުރި އެއްޗަށް ޖެހުމަށް ނުވަތަ އަމާޒުކުރި ކަން ޙާޞިލްކުރުމަށް ވާ ނާކާމިޔާބު. give a thing a miss = އެއިން އެއްފަރާތްވުން. އެއާ ނުބެހުން. miss out ނުހިމެނުން. miss out on އެއްޗަކުން އުފަލެއް، މަންފާއެއް ލިބިގަތުމަށް ނާކާމިޔާބުވުން. miss the boat/bus (ނުރަސްމީ ބަހުރުވައިން) ފުރުޞަތު ގެއްލުން.

miss

މިސް. ނ. 1. މީހަކާ ނުއިންނަ އަންހެނެއް ނުވަތަ އަންހެން ކުއްޖެއް. 2. Miss މިފަދަ މީހުންނާ މުޚާޠަބުކުރާއިރު ބޭނުންކުރާ ލަޤަބެއް. Miss Sri Lanka ވަކި ސަރަޙައްދެއްގެ (މ. ސްރީ ލަންކާގެ) ރީތީގެ މުބާރާތުން އެއްވަނަ އަށް އަންނަ އަންހެނާއަށް ދޭ ލަޤަބެއް. 3. ފިހާރަތަކުގައި ޢާއްމު ސައިޒުގެ އަންހެނުންނަށް ހުންނަ ފޭރާމުގެ ނަންބަރު. Miss size 14, misses’ dresses.

Miss.

ކުރުކޮށް Mississippi.

missal

މިސަލް. ނ. ރޯމަން ކެތަލިކް ނަޞާރާއިން އެމީހުންގެ ބޮޑު އަޅުކަމުގައި ގެންގުޅޭ ދުޢާ ފޮތް.

misshapen

މިސްޝެއިޕަން. ނއ. ބައްޓަން ނުބައިވެފައި. ސިފަ ގެއްލިފައި. The drug caused some babies to be born with misshapen limbs.

missile

މިސައިލް. މިސްލް. ނ. 1. ގެއްލުން ދިނުމުގެ ބޭނުމުގައި، އަމާޒަކަށް ފޮނުވުމަށް/އެއްލުމަށް/މިސްރާބުކުރުމަށް އެކަށޭނެ އެއްޗެއް. އެއްލާ ކޮންމެ އެއްޗެއް. 2. އަމާޒުކޮށްފައިވާ ތަނަށް އަމިއްލަ އިންޖީނެއްގައި އުދުހި ގޮސް ގޮވާ ހަތިޔާރެއް.

missing

މިސިން. ނއ. 1. ގެއްލިފައި. މަދު. އެ އޮންނަ ތަނުގައި ނުވާ. two pages are missing = ދެ ޞަފުޙާ މަދު. 2. ހާޒިރުވެ ނެތް. he is always missing when there is work to be done. 3. ގޭގައި ނެތް، އަދި ވީތަނެއް ނޭނގޭ. ގެއްލިފައި. މ. She is listed as a missing person. 4. (ހަނގުރާމަވެރިއަކާ މެދު) ހަނގުރާމަ ނިމުމުން ހާޒިރުވެ ނެތް އެކަމަކު މަރުވިކަން ޔަޤީން ނޫން. ގެއްލިފައި. 5. missing link ސިލްސިލާއެއް ފުރިހަމަކުރުމަށް މަދުވާ ބޮޅު ނުވަތަ އެތި.

mission

މިޝަން. ނ. 1. ބައިނަލްއަޤްވާމީ މުއައްސަސާއަކަށް ނުވަތަ އެހެން ޤައުމަކަށް ފޮނުވާ މީހުންގެ ޖަމާޢަތެއް. ކުރަން ހަވާލުކޮށް އެހެން ތަނަކަށް ފޮނުވާ (ޚާއްޞަކޮށް އަސްކަރީ) މުހިއްމު މަސައްކަތެއް. 2. ދީން ފަތުރާ މީހުންގެ މަރުކަޒެއް. 3. ނަޞާރާ ދީން ފަތުރާ މުއައްސަސާއެއް. މި ބޭނުމުގައި މި ތަނުން ދޭ ޚިދުމަތްތައް. 4. މިފަދަ ތަނެއްގެ މަސައްކަތް. 5. މީހެއްގެ މަސްއޫލިއްޔަތުކަމަށް އޭނާ ދެކޭ ކަން. މީހެއްގެ ދިރިއުޅުމުގެ މަޤްޞަދު/ވަޒީފާ. his mission in life.

missionary

މިޝަނަރީ. ނ. އެ ސަރަޙައްދެއްގެ މީހުންނަށް އޭނާގެ ދީން ކިޔަވައިދޭން އެހެން ޤައުމަކަށް ފޮނުވާ މީހެއް.

missis

މިސިސް. ނ. 1. (ހުތުރު ލަފުޒެއް). mistress އާ އެއް މާނަ އެއްގައި. އަންހެނެއް، އޭނާގެ ޚާދިމަށް ނިސްބަތްކޮށް. 2. (ސަމާސާ) އަނބިމީހާ. how is the missis? 3. (ހުތުރު ލަފުޒެއް) ނަން ނުބުނެ އަންހެނަކަށް މުޚާޠަބުކޮށް ބުނަން ބޭނުންކުރާ ލަޤަބެއް.

Mississippi

މިސިސިޕި. ނ. ޔޫ.އެސް. ގެ ސްޓޭޓް އެއް.

missive

މިސިވް. ނއ. ސިޓީ. ލިޔެފައިވާ މެސެޖެއް.

Missouri

މިޒޫރި. ނ. ޔޫ.އެސް. ގެ ސްޓޭޓް އެއް.

misspell

މިސްސްޕެލް. ކ. (misspelt, misspelling). ލަފުޒެއް އެ އޮންނަންވީ ގޮތް ނޫން ގޮތަށް އިމްލާކުށެއް ހިމެނޭ ގޮތަށް ލިޔުން.

misspend

މިސްސްޕެންޑް. ކ. ނޭދެވޭ ގޮތަށް، ޚަރަދުކުރުން. ނުބައިކޮށް ހޭދަކުރުން.

mist

މިސްޓް. ނ. ބިމާ ކައިރީގައި އޮލަކޮށް، ފޮގް އަށް ވުރެ ތުނިކޮށް ހުންނަ ފެނުގެ އާވި ނުވަތަ ގޭސް. ވިލާފަދައިން ޖައްވު ކިލަނބުކުރާ ތިކި ޖަހާ ވަރަށް ވުރެ ތުނިކޮށް ހުންނަ ފެނުގެ އާވި. ދުންފިނި. (ސ) މީދުމަ.

mistakable

މިސްޓެއިކަބްލް. ނއ. ވައްތަރުކަމުން ނުވަތަ ސިފައެއް ވައްތަރުކަމުން އެހެން މީހަކާ ނުވަތަ އެއްޗަކާ ފަސޭހައިން އޮޅޭ. She’s easily mistakeable for her sister.

mistake

މިސްޓެއިކް. ނ. 1. ނޭދެވޭ، ބޭނުންނުވާ ނަތީޖާއެއް ނުކުތް ޢަމަލެއް/ނިންމުމެއް/ކަމެއް. ކުށެއް. ގޯހެއް. (ސ) ވެރެއްދަ. (އ) ޣަލަޠީ. 2. by mistake = ފަރުވާކުޑަކަމުން، ހަނދާންނެތިގެން ފަދަ ކަމަކާ ހެދި، ނުކުތް ނަތީޖާ. މ. I’ve paid this bill twice by mistake. —ކ. (mistook, mistaken, mistaking) 1. އެއްޗެއްގެ މާނަ ނުވަތަ މަޤްޞަދު ނުބައިކޮށް ދޭހަވުން. 2. ގޯސްކޮށް ޚިޔާރުކުރުން، ނުބައިކޮށް ފާހަގަ ކުރެވުން. mistake one’s vocation; she is often mistaken for her sister. —ނއ. mistaken. ނުބައިކޮށް ފިކުރު/ޚިޔާލު ކުރެވިފައި. you are mistaken = ކަލެއަށް އޮޅިފައި. ނުބައިކޮށް ހީކުރެވިފައި. mistaken kindness. ކއ. mistakenly.

mister

މިސްޓަރ. ނ. (ހުތުރު ލަފުޒެއް) ނަން ނޭނގޭ މީހަކަށް، މުޚާޠަބުކުރާ އިރު ބޭނުންކުރާ ލަފުޒެއް/ލަގަބެއް.

mistime

މިސްޓައިމް. ކ. ކަމެއް އެކަމާ މުނާސަބު ނޫން ވަގުތުގައި ކުރުން. މިފަދަ ވަގުތެއްގައި އެއްޗެއް ބުނުން. She mistimed her swing and the ball went into the net.

mistletoe

މިސްލްޓޮއު. ނ. އެހެން ގަސްގަހުގައި ހެދޭ، ހުދު ނަމަވެސް ދޮންވުމުން ރަތްކުލަ ހުންނަ ޖޭމު އަޅާ ވެޔޮގަނޑެއް. މިއީ ޔޫރަޕުގެ ނަޞާރާއިން ކްރިސްމަސް ދުވަސްވަރު ގެ ޒީނަތްތެރިކުރަން ބޭނުންކުރާ ގަހެކެވެ.

mistress

މިސްޓްރަސް. ނ. 1. ބާރުވެރި މަޤާމެއްގައިވާ އަންހެނެއް. 2. ގޭބިސީގެ އަންހެން ވެރިޔާ. 3. ކުއްތާ/ބުޅާ ފަދަ ޖަނަވާރެއްގެ ވެރި އަންހެނާ. 4. އަންހެން މުދައްރިސެއް. 5. ހުއްދަނޫން ގޮތަށް ފިރިހެނަކާ އެކު ޖިންސީ ގުޅުން ހިންގާ އަންހެނާ.

mistrust

މިސްޓްރަސްޓް. ކ. މީހެއްގެ ތެދުވެރިކަމާއި ޤާބިލިއްޔަތާ ދޭތެރޭ ޝައްކުކުރުން. އިތުބާރު އިޙްސާސް ނުކުރެވުން. އިތުބާރުނުކުރުން. I’ve always mistrusted politicians. —ނ. (ޢ) ބޭ އިޢުތިމާދު. އިތުބާރު ނެތް ޙާލަތް. ނއ. mistrustful.

misty

މިސްޓީ. ނއ. (mistier, mistiest). 1. ދުންފިނިން ފުރިފައިވާ. The morning will start off misty. 2. ބިއްލޫރި ނުވަތަ އެހެން ވެސް އެއްޗެއްގައި ދުންފިނި ތަތްލާފައި ހުރުމުން ސާފުކޮށް ނުފެންނަ. ޚިޔާލު ނުވަތަ ސިފަ ސާފުނޫން. ކއ. mistily. ނ. mistiness.

misunderstand

މިސްއަންޑަރސްޓޭންޑް. ކ. (misunderstood, misunderstanding) ކަމަކާ މެދު ނުބައި ގޯސް ޚިޔާލެއް، ތަރުޖަމާއެއް ކުރެވުން. ގޯސްކޮށް ދޭހަވުން. އޮޅުން.

misuse

މިސްޔޫޒް. ކ. 1. ނަހަމަގޮތެއްގައި ބޭނުންކުރުން. ނުބައިކޮށް، ނުރަނގަޅަށް، އެ ބޭނުންކުރަން ނުވާ ގޮތަށް ބޭނުންކުރުން. She was accused of misusing company funds. 2. ނުބައިކޮށް މީހަކާ ނުވަތަ އެއްޗަކާ ދޭތެރޭ ކަންކުރުން.

misuse

މިސްޔޫޒް. ނ. ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް، އެއްޗެއް ބޭނުންކުރާ ގޮތުގެ ޙާލަތް. ނަހަމަ ބޭނުން. She’s been accused of misusing federal funds to pay for her son’s private school expenses.

mite

މައިޓް. ނ. 1. ކާތަކެތީގައި އުޅޭ ބާވަތެއްގެ މަކުނެއް. 2. މީހަކު ދިން ނުވަތަ ލިބުނު ވަރަށް މަދު މިންވަރެއް. offered a mite of comfort. 3. ވަރަށް ކުޑަ ދިރުން ހުރި އެއްޗެއް. ކުޑަކުއްޖެއް.

mitigate

މިޓިގެއިޓް. ކ. އެއްޗެއްގެ ނުވަތަ ކަމެއްގެ ސީރިއަސްކަން، ތޫނުކަން، ބޮޑުކަން ކުޑަކުރުން. mitigating circumstances ކުށެއްގެ ބޮޑުކަން ކުޑަކުރާ ޙަޤީޤަތްތަކެއް/ޙާލަތްތަކެއް. ނ. mitigatiion.

mitre

މައިޓަރ. ނ. 1. ރަސްމީ ހެދުމުގެ ގޮތުގައި ނަޞާރާދީނުގެ އިސްވެރީން ބޮލުގައި އަޅާ މަތީކޮޅު އޫކޮށް ހުންނަ ތާކިހަލެއް. 2. ދެ ފިލާގަނޑު، ފީތާ، ފަތި ފަދަ ތަކެތި ކަން ކަނޑައިގެން ވަޑިފަތިވާ ގޮތަށް ގުޅުވާ ގުޅުވުން. —ކ. (mitred, mitring ކަން ކަނޑައިގެން ގުޅުވުން.

mitt

މިޓް. ނ. ކުރުކޮށް mitten.

mitten

މިޓްން. ނ. ބާވަތެއްގެ އަންގިއެއް. މި އަންގި ދެގޮތަކަށް ހަދާފައި ހުރެއެވެ. އެއް ބާވަތުގައި އިނގިލިތަކުގެ ކުރި ފެންނާނެއެވެ. އަނެއްބާވަތުގައި ހުރިހާ އިނގިއްޔެއް ވަކިވަކީން ވެއްދޭގޮތަށް ފަސް ދޯރި ލާފައެއް ނުހުންނާއެވެ.

mix

މިކްސް. ކ. 1. ތަފާތު ތަކެތި އެކައްޗަކަށް އަޅައި ފަސޭހައިން ވަކި ނުކުރެވޭ ގޮތަށް އެއްކުރުން. އެއްކޮށްގެން އެއްޗެއް ތައްޔާރުކުރުން. މެކުން. މަސްހުނިކުރުން. Mix the eggs into the flour. 2. ދެ ނުވަތަ ގިނަ ކަންކަން (މ. ހަރަކާތްތައް ނުވަތަ ސިފަތައް) އެއް ހިނދަކު ކުރުން ނުވަތަ ލިބިގެންވުން. މ. Some people are happy to mix business with/and pleasure. 3. މީހުންނާ އެކީ ގުޅިގެން ނުވަތަ ވާހަކަދައްކައި މިލި އުޅުން. މ. Do you mix with a wide variety of people in your job. 4. ތަފާތު ސިގްނަލްތައް އެއްކުރުން. މ. ދެ މައިކުން އަންނަ އަޑުތައް އެއްކުރުން. 5. އެކުވުން. މ. oil will not mix with water. —ނ. 1. ދޭތި ނުވަތަ ގިނަ ތަކެތި އެއްކޮށްގެން ހަދާފައިވާ އެއްޗެއް. މެކުނި. 2. ވިޔަފާރި ކުންފުންޏަކުން، ކޮންމެވެސް އެއްޗެއް ތައްޔާރުކުރުމަށް އެތައް އެއްޗެއް އެއްކޮށްގެން ހަދާފައިވާ އެއްޗެއް. މ. cake mix; concrete mix. mix it (ނުރަސްމީ ބަހުރުވައިން) ތަޅާފޮޅަން ފެށުން. mix up ބޮޑަށް އެއްކުރުން. އެތައް އެއްޗެއް ބުއްދީގައި އެކުވެ އޮޅުން އެރުން. މީހަކަށް އޮޅުން އަރާގޮތް ހެދުން. be mixed up in a crime = އެކަމުގައި ޝާމިލްވުން. ނ. mix up.

mixed

މިކްސްޑް. ނއ. 1. ތަފާތު ތަކެތިން/ސިފަތަކުން އެކުލެވިގެންވާ. 2. ތަފާތު ނަސްލާއި ފަންތީގެ މީހުން ހިމެނޭ. 3. ދެ ޖިންސަށް މ. a mixed school. mixed bag އެތައް އެއްޗަކުން އެކުލެވިގެންވާ ނުވަތަ ތަފާތު ވައްތަރުގެ މީހުން ހިމެނޭ އެއްޗެއް. mixed blessing = ރަނގަޅާއި ނުބައި ހިމެނޭ ކަމެއް. mixed doubles = ޓެނިހުގައި ކޮންމެ ފަރާތެއްގައި ދެ ޖިންސް ހިމެނޭ މުޤާބަލާއެއް. mixed farming ގެރިބަކަރި އާއި ގޮވާންކުރުން ހިމެނޭ ދަނޑުވެރިކަން. mixed feelings އެއް ކަމެއްގައި އުފަލާއި ހިތާމަ ހިމެނޭ. mixed grill އެކި ބާވަތުގައި މަހާއި ތަރުކާރީ ފިހެފައި ހުންނަ ކާނާ. mixed marriage ދެ ދީނެއްގެ ނުވަތަ ދެ ނަސްލެއްގެ ދެމީހުންގެ ދެމެދުގެ ކައިވެނި. mixed-up ނއ. (ނުރަސްމީ ބަހުރުވައިން) އިޖްތިމާޢީ ގޮތުން ގުޅުންތައް ރަނގަޅު ނުވުމުގެ ސަބަބުން، އުޅުމާއި ފިކުރުގެ ކަންތައްތަކުގައި މައްސަލަތައް ހުރި.

mixer

މިކްސަރ. ނ. 1. ތަކެތި އެއްކުރާ މެޝިނެއް. މެކުނި. 2. އެހެން މީހުންނާ ޚާއްޞަ ގޮތަކަށް ގުޅުންތައް ޤާއިމްކުރާ މީހެއް. މ. a good mixer = އައު މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކައި އުޅެން ހުނަރު ރަނގަޅު މީހެއް.

mixture

މިކްސްޗަރ. ނ. 1. އެއްކުރާ އެއްކުރުން. (ޢ) ޚަލީޠު. 2. އެއްކޮށްގެން ހަދާ އެއްޗެއް. އެތައް ތަކެއްޗެއް ނުވަތަ ސިފަތަކެއް އެއްކޮށްގެން ހަދާފައިވާ އެއްޗެއް. މެކުނި.

mizen, mizzen

މިޒަން. ނ. މައިކުނބުގެ ފަހަތުން ޖެހިގެން (ކޮޅުފަސްކޮޅާ ދިމާއަށް) ހުންނަ ކުނބު. މި ކުނބުގައި ނަގާ ރިޔާ. mizen-mast މި ކުނބު. mizen-sail މި ކުނބުގެ އެންމެ ތިރީގައި ނަގާ ރިޔާ.

ml

ކުރުކޮށް millilitre(s).

mm

ކުރުކޮށް millimetre(s).

mnemonic

ނިމޮނިކް. ނ. އެއްޗެއް ހަނދާންކުރުމަށް ބޭނުންކުރާ ކުރު ޅެމެއް ނުވަތަ ޢިބާރާތެއް. މ. How I wish I could calculate pi މި ޖުމުލައިގެ ލަފުޒުތަކުގައިވާ އަކުރުތަކުގެ ޢަދަދުން ޕައި ގެ 3.141592 ފުރަތަމަ ހަތް ނަންބަރު ހަނދާންކުރެވޭނެއެވެ.

mo

މޯ. ނ. (ނުރަސްމީ ބަހުރުވައިން) ކުރުކޮށް moment. މ. half a mo.

Mo.

ކުރުކޮށް މިޒޫރި (ޔޫ.އެސް. ގެ ސްޓޭޓް އެއް)

moan

މޯން. މޮއުން. ނ. 1. ކުކުރުން. ތަދު/ވޭނު ގެ އަސަރެއްގެ ގޮތުގައި ހިތާމަވެރި މަޑު އަޑެއް ލެއްވުން. 2. ޝަކުވާއެއް. —ކ. 1. މިއަޑު ލެއްވުން. މިފަދަ އަޑަކާ އެކު ބުނުން. 2. (ވަޔާ މެދު) މިފަދަ އަޑެއް ކިޔުން. 3. ޝަކުވާ ކުރުން. ކުކުރުން.

moat

މޮއުޓް. މޯޓް. ނ. ދިފާޢީ ކަމެއްގެ ގޮތުގައި، ގަނޑުވަރެއް، ކިއްލާއެއް ވަށައިގެން ކޮނެ، ހަދާފައި އޮންނަ ފެންގަނޑެއް. ކަންޒު.

moated

މޯޓިޑް. ނއ. ކަންޒެއް ވަށައިގެން ވާ.

mob

މޮބް. ނ. 1. ތަރުތީބެއް ނުވާ އިންސާނުންގެ ބައިގަނޑެއް. ހަވަރު. 2. the mob ޢާއްމު އާދައިގެ މީހުން. 3. (ނުރަސްމީ ބަހުރުވައިން) ކުށްކުރާ ބައިގަނޑެއް. —ކ. (mobbed, mobbing) ހަމަލާއެއް ދިނުމަށް ނުވަތަ ރީތިވެގެން ބަލަން ވަށައިގެން މީހުންތައް އެއްވުން. ހަވަރުއެއްވުން. mob-cap ނ. ގޭތެރޭގެ މަސައްކަތް ކުރާއިރު، އަންހެނުން ބޮލުގައި އަޅާ އުރައެއް ނުވަތަ އިސްތަށިގަނޑު ނިވާވާ ތުނި ފޮތީގެ ތޮތްޕެއް. mob-rule ބައިގަނޑަކުން ހަދާ ތަންފީޒުކުރާ ގަވާއިދުތައް. ގުޅަކުޅޭ ފަސްގަނޑުގެ ހަމަ.

mobile

މޮއުބައިލް. ނއ. 1. އެއްތަނުން އަނެއް ތަނަށް ގެންދެވޭ، ނުވަތަ ދެވޭ. (ހަރުކޮށްފައެއް ނޫން، ފަސޭހައިން ތަންތަނަން ގެންދެވޭ). 2. (މޫނުގެ ކުލަވަރާ މެދު) ފަސޭހައިން ބަދަލުކޮށްލާ. 3. އަތު ފޯނުން ނުވަތަ ކުޑަ ކޮމްޕިއުޓަރަކުން ކުރެވޭ. މ. mobile computing. —ނ. 1. ރީއްޗަކަށް ވައިތެރޭ އެލުވާ އެއްޗެއް. ވައިގެ ސަބަބުން މި ހަރަކާތް ކުރެއެވެ. 2. އެއްތަނުން އަނެއްތަނަށް ގެންދެވޭ ޚާއްޞަ ބާވަތެއްގެ އަތު ފޯނެއް. ނ. mobility. mobile home ގެއެއްގެ ގޮތުގައި ބޭނުންކުރާ، އެއްތަނުން އަނެއް ތަނަށް ގެންދެވޭ ވާސައެއް.

mobilize

މޮއުބިލައިޒް. މޯބިލައިޒް. ކ. 1. ބޭނުމަކަށް މީހުން ނުވަތަ އެއްޗެއް އިންތިޒާމުކޮށް ތައްޔާރުކުރުން. they mobilized support from all parties. 2. ހަނގުރާމައަކަށް ނުވަތަ ކާރިސާއަކަށް ފަދަ ކަމަކަށް އަސްކަރީން ޖަމާކޮށް ތައްޔާރުކުރުން. ނ. mobilization.

moccasin

މޮކަސިން. ނ. ދިބާޣުކުޅަ މަޑު ހަމުން ހަދާފައިވާ އިނގިލިތައް ފޮރުވިފައި ހުންނަ ފައިވާނެއް. މިއަށް ފައި ކޮއްޕާފައި ނާޑުވާއަކުން އައްސާކަށް ނުޖެހޭނެއެވެ. މަތި ހުންނާނީ ވަށައިގެން ފަހާފައެވެ.

mocha

މޯކާ. ނ. ފެންވަރު ރަނގަޅު ކޮފީގެ ބާވަތެއް.

mock

މޮކް. ކ. 1. މަލާމަތްކުރުމުގެ ގޮތުން ބޭރަޙުމްގޮތަކަށް އެމީހާ އުޅޭގޮތަށް އުޅެ ހީހެދުން. 2. ބޭކާރުކަމެއް ގޮތަށް ދެއްކުން. The wind mocked their attempts to reach the shore by pushing the boat further and further out to sea. —ނއ. ޙަޤީޤީ ނޫން ނަމަވެސް އެއާ ވައްތަރު. mock ice cream, mock leather, mock examination, mock battle. mocking-bird އެހެން ދޫނި ގޮވާ ގޮތަށް ގޮވާ ދޫންޏެއް. mock orange ވަސް ގަދަ ހުދު މައުތަކެއް އަޅާ ގަހެއް. mock turtle soup ކަހަނބު ސުރުވާ ހުންނަހެން ކަންބަޅީގެ ބޯ ފަދަ ތަކެތިން ހަދާ ސުރުވާ. mock-up ޓެސްޓު ކުރުމަށް ފަދަކަމަކަށް ބޭނުންކުރާ ޙަޤީޤީ އެތީގެ ކުޑަ މޮޑްލް އެއް.

mockery

މޮކަރި. ނ. 1. އެއްޗަކަށް މީހަކަށް ފުރައްސާރަކުރުމުގެ އަމަލު. އާޑަފާޑަ. ފުރައްސާރަ. މަލާމާތް. 2. ޤަދަރެއް ނުދެވޭ، ސޭކު ޢަމަލެއް ނުވަތަ ހާދިސާއެއް. The trial was a mockery – the judge had decided the verdict before it began.

modacrylic

މޮޑަކްރިލިކް. ނ. އަލިފާން ހިފުން ކުޑަ އެކްރީލިކް (ޕްލާސްޓިކް) އެއް.

mode

މޯޑް. މޮއުޑް. ނ. 1. ކަމެއް ކުރާ ގޮތެއް. އުސްލޫބް. ޞީޣާ. 2. ވަކި ވަގުތަކު އެންމެ ހިނގާ ސްޓައިލް، ފޭޑި، ފެޝަން. 3. ޢަދަދުތަކެއްގެ ތެރޭގައި އެންމެ ގިނައިން ހިމެނޭ ޢަދަދު.

model

މޮޑްލް. މޯޑަލް. ނ. 1. އެއްޗެއްގެ 3D ނަމޫނާއެއް. މި ޢާއްމުކޮށް ހަދަނީ އަސްލަށް ވުރެ ކުޑަކޮށެވެ. މާދިރި. 2. ފަރުމާއެއް، ސްޓައިލެއް، ފޭޑިއެއް. މ. ކާރެއްގެ. މި އަހަރުގެ މޮޑްލް އަކީ މިއެވެ. 3. މަޝްހޫރު ހެދުން ފަރުމާވެރިއެއްގެ ހެދުމެއް. މީގެ ކޮޕީއެއް. 4. ތަޤްލީދުކުރަން ރަނގަޅު، ވަކި ގޮތަކުން އެންމެ ފުރިހަމަ އެތި ނުވަތަ މީހާ. 5. ކުރެހުންތެރިއަކު ނަމޫނާއެއްގެ ގޮތުގައި ކުރެހުމަށް ކުއްޔަށް ހިފާ މީހެއް. 6. ފިހާރައަކުން، ހެދުން ލައިގެން ހުރުމަށް ކުއްޔަށް ހިފާ މީހެއް. —ނއ. އޭގެ ބާވަތުން ވަރަށް ފުރިހަމަ، ނަމޫނާއަކަށް ވާ. މިސާލެއް ފަދަ. —ކ. (modelled, modelling) 1. ލަކުޑިން، މަށިން، އުށުން ފަދަ އެއްޗަކުން އެއްޗެއްގެ މާދިރިއެއް ހެދުން. އޭގެ ސިފަ ޖެއްސުން. 2. މާދިރިއަކާ އެއްގޮތަށް ފަރުމާކުރުން، ރޭވުން. މ. the new method is modelled on the old one. 3. ކުރެހުންތެރިއެއްގެ ނުވަތަ ހެދުން ލައިގެން ދައްކާ މީހެއްގެ ގޮތުގައި މަސައްކަތްކުރުން.

modem

މޯޑަމް. ނ. ޑޭޓާ އަވަހަށް ބަދަލުކުރެވޭ ގޮތަށް، ފޯނާއި ކޮމްޕިއުޓަރާ ދެމެދުގައި ހިމަނާ އާލަތެއް.

moderate

މޮޑަރެޓް. މޯޑަރެޓް. ނއ. 1. ސައިޒުން، ގަދަކަމުން، މިންވަރުން، ބާރުން، ދަރަޖައިން ފަދަ ސިފައަކުން މެދުމިންވަރުގެ. ކުޑައެއް ވެސް ނޫން ބޮޑެއްވެސް ނޫން. We have had moderate success in changing people’s attitudes. 2. އެއްވެސް ކޮޅަކަށް މާ ބޮޑުނޫން، މެދުމިންވަރުގެ. މ. a moderate climate. 3. ހައްދުން ބޭރުނުވެ، ގިނަ މީހުން ތާއީދުލިބޭ ފަދަ ޚިޔާލު ހުރި. ކއ. moderately.

moderate

މޮޑަރޭޓް. ކ. މެދުމިނަށް ޖެއްސުން. މެދުމިން ކުރުން. ސިފައެއްގެ/ކަމެއްގެ ގަދަކަން ކުޑަކުރުން. ނ. moderation. in moderation މިންވަރުގެ ގޮތުން އެހާ ގިނަކޮށެއް ނޫން.

moderator

މޮޑަރެއިޓަރ. ނ. 1. އެހެން މީހުން އެއްބަސްވުމަކަށް އައުން ފަހިކޮށްދޭ ފަރާތެއް، މީހެއް. 2. ބައެއް ރަސްމީ މަޝްވަރާތައް ގަވާއިދުތަކާ އެއްގޮތަށް ގެންދިއުމަށް އެހީތެރިވާ މީހެއް. 3. އިމްތިޙާނުތަކުގެ ނަތީޖާ ސާފުކުރާއިރު އެންމެން އެއް ހަމައެއް ގެންގުޅޭތޯ ކަށަވަރު ކުރާ މީހެއް. ނާޒިމް. ވަސީޠު. 4. އިންޓަރނެޓްގައި ކުރާ މަޝްވަރާތައް ކުރަނީ ކަނޑައެޅިފައިވާ ހަމަތަކާ އެއްގޮތަށްތޯ ކަށަވަރުކުރާ ފަރާތް. 5. ނިޔުކްލިއަރ ރިއެކްޓަރެއްގައި ނިއުޓްރޯންތައް މަޑުކުރުވާ އެތި.

modern

މޮޑަން. ނއ. 1. މިހާރުގެ ނުވަތަ ފަހު ދުވަސްވަރުގެ. ޒަމާނީ. modern history. 2. މިހާރުގެ ފެޝަނަށް ފެތޭ. (ސ) ނޫތަނަ. 3. (އަދަބީ އަދި ފަންނީ ކަންކަމާ މެދު) އައު އީޖާދީ ބާވަތުގެ (ކުރީގެ އުސޫލުތަކަށް ނުފެތޭ). —ނ. މިޒަމާނުގެ ފޭޑިތަކާއި އުޅުންތަކަށް ލޯބިކުރާ މީހެއް. ނ. modernity.

modernism

މޮޑަނިޒަމް. ނ. ޒަމާނީ އުސޫލްތަކާއި ފިކުރުތައް. 1920 އިން ފެށިގެން މިހާރާ ހަމައަށް ހިނގަމުންދާ އަދަބީ އަދި ފަންނީ ގޮތްތަކާއި ފޭޑިތައް. ނ. modernist މި ފޭޑިއަށް ރުހޭ މީހެއް. ނއ. modernistic.

modernize

މޮޑަނައިޒް. ކ. އެއްޗެއް މިޒަމާނާ އެއްގޮތަށް ބަދަލުކުރުން. ޒަމާނީ ރަހަތަކާއި ޚިޔާލުތައް ފަދަ ހަމަތައް ބޭނުންކުރުން. ޒަމާނީކުރުން. ނ. modernization.

modest

މޮޑިސްޓް. ނއ. 1. އަގު، މިންވަރު، ސައިޒު ފަދަ ސިފައަކުން ބޮޑު ނޫން. They live in a fairly modest house, considering their wealth. 2. އަމިއްލަ ހުނަރުތަކާއި ޤާބިލްކަމާއި މޮޅުކަމުގެ ވާހަކަ ނުދައްކާ. ތަވާޟުޢު. ފޮނި ނުކަނޑާ. He’s very modest about his achievements. 3. (އަންހެނުންނާ މެދު) ހެދުން އެޅުމުގައާއި އުޅުމުގައި ގިނަ މީހުން ޤަބޫލުކުރާ ހަމަތަކަށް ފެތޭ. މީހުންގެ ނަޒަރު ޖިންސީގޮތުން ނުދަމާ ގޮތަށް ހެދުން އަޅާ އަދި އުޅޭ. ކއ. modestly. ނ. modesty.

modicum

މޮޑިކަމް. ނ. ރަނގަޅު ސިފައެއްގެ ނުވަތަ އެއްޗެއްގެ ކުޑަ މިންވަރެއް. There’s not even a modicum of truth in her statement.

modify

މޮޑިފައި. ކ. (modified, modifying) 1. ހަރުކަށިކަން، ގަދަކަން، ދަތިކަން ފަދަ ސިފައެއް ކުޑަކުރުން. 2. ރޭވުމެއް، ޚިޔާލެއް، ޤާނޫނެއް، އުޅުން، އެއްޗެއް ފަދަ ކަމެއް، (ގިނަ ފަހަރު) ކުރިއަށް ވުރެ އެކަން ރަނގަޅުކުރުމުގެ ގޮތުން ނުވަތަ މަޤްބޫލްކަން އިތުރުކުރަން ކުޑަކޮށް ބަދަލު ގެނައުން. 3. ބަހުގެ ގަވާއިދުގައި (ނަހޫގައި) ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ސިފަކުރަން ހައްދެއް ކަނޑައެޅުން ނުވަތަ ބަދަލުގެނައުން. މ. ނަންއިތުރަކީ ނަމުގެ މާނަ ”މޮޑިފައި“ ކުރާ އެއްޗެކެވެ. ނ. modification.

modish

މޮޑިޝް. ނއ. (ނުރަސްމީ ބަހުރުވައިން) ޒަމާނީ، ފެޝަނަށް އުޅޭ.

modulate

މޮޑިއުލެއިޓް. ކ. 1. ޝުޢޫރެއް ފާޅުކުރުމަށް ނުވަތަ އަސަރެއް ގެނައުމަށް އަޑު ނުވަތަ އެހެން އެއްޗެއްގެ ބާރުމިނާއި ވައްތަރު ފަދަ ސިފައެއް ބަދަލުކުރުން. 2. އެއް މިޔުޒިކްގެ ކީ (މިސާލަކަށް މައިނަރ C އިން) އެހެން ކީ އަކަށް ބަދަލުކުރުން. Here we modulate from G major to A minor. 3. ޢަމަލެއް، އުސޫލެއް، ތަރުތީބެއް ފަދަ ކަމެއް، ޙާލަތަކާ ބޮޑަށް ގުޅުވަން ބަދަލުކުރުން. An elected committee will meet monthly to modulate the council’s energy policy. 4. ބްރޯޑްކާސްޓް ކުރެވޭ ގޮތަށް، ރޭޑިއޯ ސިގްނަލެއް ނުވަތަ އަޑު ނުވަތަ މަންޒަރު ހިމެނޭ ސިގްނަލަކުން ބަދަލުކުރުން. ނ. modulation.

module

މޮޑިޔުލް. ނ. 1. ތަކެތި މިންކުރާއިރު ބޭނުންކުރާ ވަޒަނެއް. މިސާލަކަށް ރިޔަނުން ދޯންޏެއްގެ ހުރިހާ މިންތަކެއް މިންކުރެވިދާނެއެވެ. 2. ކޯހެއްގެ ވަކި މާއްދާއެއް. 3. ފަރުނީޗަރެއްގެ، ޢިމާރާތެއްގެ، އުޅަނދެއްގެ ނުވަތަ މިފަދަ އެހެން އެއްޗެއްގެ މިނިވަން ވަކިން މަސައްކަތް ކުރާ ނުވަތަ ބޭނުން ހިފާ ބައެއް. މި ފަދަ ހުރިހާ ބައިތައް ހިމެނުމުން އެތި ފުރިހަމަވާނެއެވެ. modular ނއ. ވަކިން އޮންނަ މިނިވަން ބައިތަކަކުން އެކުލެވޭ.

modus operandi

މޮޑަސް އޮޕަރާންޑި. ނ. 1. މީހަކު މަސައްކަތް ކުރާ އުސޫލެއް، ތަރުތީބެއް. ކަމެއް ކުރާގޮތުގެ ހަމަ. 2. އެއްޗެއް މަސައްކަތް ކުރާ ގޮތް.

modus vivendi

މޯޑަސް ވިވޭންޑި. ނ. ދެކޮޅުވެރި ދެ ފަރާތެއް (ހަނގުރާމަކުރި ދެފަރާތެއް) ކުރިއަށް ކަންކަން ގެންދިއުމަށް އެއްބަސްވާ އިންތިޒާމެއް. މިފަދަ އިންތިޒާމެއް ނެތްނަމަ، ދެ ފަރާތުގެ ކަންކަން ހުއްޓި ދެފަރާތަށް ވެސް ގެއްލުން ވާނެއެވެ. މިއީ ލެޓިން ބަހުން ”ދިރިއުޅުމުގެ ގޮތް“ މިއިން ނެރެފައިވާ ޚާއްޞަ މާނައެކެވެ. މ. Our two countries must put aside the memory of war and seek a modus vivendi.

Mogadishu

މޮގަޑިޝޫ. ނ. ސޮމާލިއާގެ ވެރިކަން ކުރާ ރަށް.

mogul

މޮއުގަލް. ނ. 1. (ނުރަސްމީ ބަހުރުވައިން) ނުފޫޒުގަދަ މުހިއްމު މީހެއް. 2. ސްކީ ކުރާ ތަންތަނުގައި ޖަހާފައި ހުންނަ ހަރު ސްނޯ ފުންޏެއް.

mohair

މޯހެއަރ. ނ. 1. އަންގޯރާ ބަކަރީގެ މަޑު، ދިގު ކެހެރި. 2. ކަންބަޅިކެހެރި އާއި މީގެ މެކުނި. 3. މި ކެހެރިން އަނބުރާފައި ހުންނަ އުއި.

Mohammedan

މޮހަމަޑަން. ނ. އިނގިރޭސީން ތަންދޮރު ނުދަންނައިރު، މުސްލިމުންނަށް ކިޔާ އުޅޭ ނަން. މިއީ މުސްލިމުން ނަފްރަތު ކުރާ ނަމެކެވެ. އެއީ އެކަމުން އެމީހުން އަޅުކަން ކުރަނީ މުޙައްމަދުގެފާނަށް ކަމަށް އިޝާރާތް ކުރެވޭތީއެވެ.

Mohican

މޮހީކަން. ނ. އުތުރު ޔޫ.އެސް. ގައި ކުރިން އުޅުނު ހަނގުރާމަ ވެރި ބައެއް. މި ބައިމީހުންގެ ބޮލުގެ އިސްތަށިގަނޑު ބައެއް ފަހަރު ދެ އަރިމަތިން ބާލައި މެދުބައިކޮޅަށް ހުންނަ ގޮތް ހަދާފައި ހުރެއެވެ. ނއ. މި މީހުންގެ އިސްތަށިގަނޑުގެ ފޭޑި.

moiré

މުވާ. މުވާރޭ. ނ. ތެމިފައިވާ ފަށުވި ފަދަ ފޭރާމެއް.

moist

މޮއިސްޓް. ނއ. ކުޑަކޮށް ތެތް. ފެން ހިފާފައި. ނ. moistness.

moisten

މޮއިސަން ކ. އެއްޗެއް ކުޑަކޮށް ތެތްކޮށްލުން ނުވަތަ ތެތްވުން.

moisture

މޮއިސްޗަރ. ނ. އެއްޗެއްގައި ނުވަތަ ސަޠަޙައެއްގައި ނުވަތަ ވައިގައި، ވަރަށް ކުދި ތިކިތަކެއްގެ ގޮތުގައި، ހުންނަ ދިޔަ، މ. ފެން. ތެތްކަން.

moisturize

މޮއިސްޗަރައިޒް. ކ. ބައެއް ބާވަތުގެ އޮލަ ދިޔަ އުނގުޅައިގެން ހަންގަނޑު ހިކުނަ ނުދިނުން. ނ. moisturizer.

molar

މޯލަރ. ނ. ކާތަކެތި މުގުރަން ކޮލުގެ އެންމެ ފުލުގައި ހުންނަ މަތި ފުޅާކޮށް ހުންނަ ދަތް. —ނއ. މި ދަތްތަކަށް ނިސްބަތްވާ.

molasses

މޮލޭސިޒް. ނ. އުއްދަނޑީގެ ދިޔަ ކޮންމެވެސް ވަރަކަށް ކެއްކުމުން އުފެދޭ މުށިކުލައިގެ އޮލަ ދިޔާ ހަކުރާ ވައްތަރު ދިޔައެއް.

mole

މޯލް. ނ. އިންސާނާގެ ހަމުގައި ހުންނަ ކުޑަ ކަޅު ތިއްކެއް. ކަޅުތިލަ.

mole

މޯލް. ނ. އޭގެ އަޑިން ފެން ނުވަތަ ލޮނު ނުދެމޭ މޫދު ނުވަތަ ކަނޑަށް ލާ ތޮށިގަނޑު.

mole

މޯލް. ނ. 1. ވަރަށް ކުޑަ ލޮލަކާއި މަޑު ކެހެރިއެއް ހުންނަ މީދަލެއް ފާޑުގެ ޖަނަވާރެއް. ހިކަނދި ބާވަތުގެ ޖަނަވާރެއް. 2. މުއައްސަސާއެއްގެ ނުވަތަ ގައުމެއްގެ ވަޒީފާގައި އުޅެމުން ސިއްރު ލިޔުންތައް ނުވަތަ ސިއްރު މަޢުލޫމާތު އެހެން މުއައްސަސާއަކަށް/ޤައުމަކަށް ފޯރުކޮށްދޭ މުވައްޒަފެއް. ޖާސޫސަކާ ޚިލާފަށް މިފަދަ މީހަކު ގިނަ ދުވަސްތަކެއް ވަންދެން އެއް ތަނެއްގެ ވަޒީފާގައި އުޅެފާނެއެވެ.

molecule

މޮލިކިޔުލް. ނ. 1. އެއްޗެއްގެ ކެމިކަލް ސިފަތައް ހުންނަ އެ އެއްޗެއް އެންމެ ކުޑަކުރެވޭ ޒައްރު. މިފަދަ ޒައްރުގައި ގިނަ ފަހަރު އެއް އެޓަމްއަށް ވުރެ ގިނަ އެޓަމް ހިމެނޭނެއެވެ. 2. ކުޑަ އެތިކޮޅެއް. ނއ. މޮލިކިޔުލަރ. molecular.

molehill

މޯލްހިލް. ނ. ހޮރު ކޮނެގެން ބިމުގައި އުޅޭ ކުޑަ ޖަނަވާރެއް ބިމުގައި ޖަހާފައި ހުންނަ ވަރަށް ކުޑަ ފަސްފުންޏެއް. make a mountain out of a molehill ކުޑަ ކަމެއް ވަރަށް ބޮޑު އުނދަގޫ ކަމެއްގެ ގޮތުގައި ދެއްކުން.

molest

މޮލެސްޓް. ކ. 1. (ޚާއްޞަކޮށް ޖިންސީ ގޮތަކަށް) ގަޔަށް އަރައި އަނިޔާ ދިނުން. The girl had been molested frequently by her stepfather from the age of eight. 2. ގަދަބަދަވިކަމުން އަތްލައި ގަދައަށް ކޮއްޕައިލުން. premises were looted and personnel were molested by demonstrators.

moll

މޯލް. ނ. (ނުރަސްމީ ބަހުރުވައިން) ނުލަފާ މުޖުރިމެއްގެ އަންހެން ބައިވެރިޔާ.

mollify

މޮލިފައި. ނ. (mollified, mollifying) ރުޅި މަޑުކުރުވުން ނުވަތަ ހިތްހަމަ ނުޖެހުން ކުޑަކުރުން. I tried to mollify her by giving her flowers.

mollusc

މޮލަސްކް. ނ. ޖަނަވާރުގެ ބާވަތްތަކުގެ ތެރެއިން މައިކަށިނެތް ހަށިގަނޑު މަޑު ބޭރުގައި ހަރު ތޮށި ހުންނަ ދިރުން. މ. ފިނިހައް، ރިދަލި. މި ގިންތީގެ ތެރޭގައި ތޮށިގަނޑު ނުހުންނަ ބޯވަ އާއި ހުއިފިލަޑާ ވެސް ހިމެނެއެވެ.

mollycoddle

މޮލިކޮޑްލް. ކ. މީހަކަށް މާބޮޑަށް އަޅާލައި ރައްކާތެރިކަން ދިނުން. You’re not helping the children by mollycoddling them – they have to grow up sometime. —ނ. މިފަދަ އަޅާލުން ލިބިގަންނަ މީހާ.

Molotov cocktail

މޮލޮޓޮވް ކޮކްޓެއިލް. ނ. އަތުން އެއްލާ ތަންތަން ރޯވާ ގޮތަށް ހަދާފައި އޮންނަ އެއްޗެއް. މި ހަދަނީ ފުޅިއެއް ފަދަ އެއްޗަކަށް ޕެޓްރޯލް އަޅައި އެއަށް ފީތާއެއް ޖަހައި ރޯކޮށްގެންނެވެ. މި ނަން ކިޔަނީ ރަޝިޔާގެ ބޮޑަކަށް ނިސްބަތްކޮށެވެ.

molten

މޯލްޓަން. ނއ. ދިޔާވެފައި. މ. ދަގަނޑު ފަދަ އެއްޗެއް ހޫނުކޮށްގެން ދިޔާކޮށް (ވިރުވާ) ފައިވާ.

Molucca Islands

މޮލުކާ އައިލަންޑްސް. އިންޑޮނީޝިއާގެ ޖަޒީރާތަކެއް. ނއ. ނ. Moluccan.

moment

މޯމަންޓް. ނ. 1. ވަރަށް ކުޑަ އިރުކޮޅެއް. ހިނދުކޮޅެއް. (އ) ލަމްޙާ. 2. ބަރާބަރު ވަގުތެއް. he will be here any moment now ވަރަށް އަވަހަށް. 3. މުހިއްމުކަން. these are matters of great moment. at the moment = މިހާރު. މި ހިނދު. for the moment މިހާރަށް. ވަގުތީ ގޮތުން. in a moment = ވަރަށް އަވަހަށް. the man of the moment ވަކި ވަގުތަކު އެންމެންގެ ސަމާލުކަން ލިބޭ މުހިއްމު މީހާ. moment of truth އިމްތިޙާނުކުރެވޭ، ޚުޠޫރަތްތެރި ވަގުތެއް.

momentary

މޮއުމަންޓްރި. މޯމެންޓަރީ. ނއ. ވަރަށް ކުޑަ ހިނދުކޮޅަކަށް ދެމިގެންދާ. a momentary hesitation. ކއ. momentarily.

momentous

މޯމެންޓަސް. މޮމެންޓަސް. ނއ. ވާންހުރި ކަންކަމަށް އެކަމުން އަސަރުކުރާނެތީ ވަރަށް މުހިއްމު. the momentous news of the president’s death.

momentum

މޮމެންޓަމް. މޯމެންޓަމް. ނ. 1. އެއްޗެއް ދަތުރުކުރަމުންދާތީ އޭގައި ހުންނަ ބާރު. 2. ކަމެއް ހިންގަމުންދާތީ އެކަމެއް ކުރިއަށް ދިއުމަށް ހުންނަ ޠަބީޢީ ސިފަ. މެދުކަނޑާލުމުން މިކަން ކެނޑެއެވެ. The play loses momentum (= becomes less interesting, energetic, etc.) by its half way stage.

Monaco

މޮނާކޯ. ނ. 1. ފަރަންސޭސި ވިލާތުގެ ކައިރީގައި އޮންނަ ކުޑަ ޤައުމެއް. 2. މި ޤައުމުގެ ވެރިކަންކުރާ ޝަހަރު. ނ. ނއ. Monacan, Monegasque.

monarch

މޮނާކް. ނ. 1. ރަސްކަލެއް، ރާނީއެއް، ޝަހެންޝާހެއް ފަދަ ލަޤަބެއް ލިބިފައިވާ މީހެއް. ޕާދްޝާހް. ބާދްޝާހް. 2. އޮރެންޖާއި ކަޅުކުލައިގެ ފިޔަ ހުންނަ ބޮޑު ކޮކާލެއް. ނއ. monarchic, monarchical.

monarchist

މޮނާކިސްޓް. ނ. ރަސްކަމަށް ތާއީދުކުރާ މީހެއް. ރަސްކަން ދިފާޢުކުރަން އެކަމާ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް މަސައްކަތް ކުރާ މީހެއް. ނ. monarchism.

monarchy

މޮނާކި. ނ. 1. ރަސްކަލަކަށް އިސް ބާރުތައް ދީގެން ދައުލަތް ހިންގާ ނިޒާމު. 2. މިފަދަ ސަރުކާރެއް އޮންނަ ދައުލަތެއް.

monastery

މޮނަސްޓްރީ. ނ. ރާހިބުން ދިރިއުޅެ، އަޅުކަންކުރާ ޢިމާރާތް. ދައިރު. ޚާންޤާހް. (ސ) އާރާމަޔަ.

monastic

މޮނަސްޓިކް. ނއ. ރާހިބުންނާއި ދައިރުންނަށް ނިސްބަތްވާ. އެތަނުގެ ނުވަތަ އެބައިމީހުންގެ. މަދު މުދަލާއެކު، އެހެން މީހުންނާ ވަކީން ދިރިއުޅޭ ހުސްހަށިބައި ދިރިއުޅުމަކަށް ތާއީދުކުރާ. ނ. monasticism.

monaural

މޮނޯރަލް. ނއ. އެއް ކަންފަތުގެ އިވުމަށް ނިސްބަތްވާ. All the participants in the study had monaural hearing loss.

Monday

މަންޑެއި. ނ. އާދީއްތަ ދުވަހާއި އަންގާރަ ދުވަހާ ދެމެދު އޮންނަ ދުވަސް. ހޯމަ ދުވަސް.

monetarism

މަނިޓަރިޒަމް. ނ. ދައުރުވާ ފައިސާގެ މިންވަރު ކޮންޓްރޯލްކޮށްގެން ހިންގާ ޤައުމެއްގެ އިޤްތިޞާދީ ނިޒާމު. ތަކެތި އަގުބޮޑުވަނީ ސަރުކާރުން ފައިސާ ޚަރަދުކުރާ މިންވަރު ގިނަކުރުމުންކަމަށް ބުނާ ނަޒަރިއްޔާ. ނ. monetarist. މި ނަޒަރިއްޔާއަށް ތާއީދުކުރާ މީހެއް.

monetary

މަނިޓަރީ. މޮނިޓަރީ. ނއ. 1. ޤައުމެއްގެ ފައިސާއަށް ނިސްބަތްވާ. ނަޤްދީ. މާލީ. our monetary system. 2. ފައިސާއަށް ނިސްބަތްވާ، ނުވަތަ އޭގެ. its monetary value.

money

މަނީ. ނ. 1. ލާރި. އަގު ދެއްކުމަށް ބޭނުންކުރާ، މަޢުދަނު ކޮޅެއްގައި ތައްގަނޑެއް އޮބާފައި ހުންނަ ސިއްކަ. 2. ލާރިއާއި ކަރުދާސް ފައިސާ، ނަޤްދު. 3. moneys ފައިސާގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެއް. 4. ވަކި މިންވަރެއްގެ ފައިސާ، މާލު. there is money in it = އެކަމުން ބޮޑު ފައިދާ ނެގިދާނެ. get one’s money’s worth = ފައިސާ އާ މިންވަރަށް ޚިދުމަތް، މަކަ ލިބުން. in the money (ނުރަސްމީ ބަހުރުވައިން) ފައިސާގެ އިނާމު ލިބޭ ލިބުން. ގިނަ ފައިސާ ލިބިގެންވުން. މުދައުވެރި. make money ނަފައެއް ލިބިގަތުން، މިގޮތުގެ މަތިން މުއްސަނދިވުން. marry money މުއްސަންޖަކާ އިނުން. money-back ނއ. (ގަރަންޓީ އާ މެދު) ހިތްހަމަ ނުޖެހޭ ނަމަ، އަނބުރާ ފައިސާ ދޭނެކަމަށް ވަޢުދުވާ. money-bags (ނުރަސްމީ ބަހުރުވައިން) މުއްސަނދި މީހެއް. (money-box) ނ. މަތިގަނޑުގައި ލާރިލާނޭ ވިދެއް ހުންނަ، އެކި ކަންކަމަށް ފައިސާ ދޭ މީހުން ފައިސާ އަޅަން ހަދާފައި ހުންނަ ފޮއްޓެއް. money for jam / old rope (ނުރަސްމީ ބަހުރުވައިން) ކުޑަ މަސައްކަތަކުން ގިނަ ފައިސާ ލިބޭ. money-grubber ނ. ފައިސާ ވެރިވާން، ދަހިކަމާއެކު މަސައްކަތްކުރާ މީހާ. money-lender ނ. ރިބާ ލިބިގަތުމަށް ފައިސާ ދޫކުރާ މީހެއް. money of account ހިސާބުތައް ކުރުމުގައި ބޭނުންކުރާ ރުފިޔާ ފަދައިން ބައިބައިކުރެވޭ، ގުނޭ، އެހެން އެއްޗަކަށް އަގުކުރެވޭ ފައިސާގެ ބާވަތެއް. މިފައިސާ ސީދާ ރައްޔިތުން ބޭނުން ކުރާ ފައިސާއަށް ނުވެދާނެއެވެ. money order ޕޯސްޓް އޮފީހުގެ ގޮތްޕަކުން ފައިސާ މީހަކަށް ދޫކުރުމަށް އެދި، އެހެން ގޮތްޕަކުން ލިޔެފައިވާ ލިޔުމެއް. މިއީ އެއް އިރެއްގައި ޤައުމެއްގެ ތެރޭގައި ފައިސާ އެއް ފަރާތުން އަނެއް ފަރާތަށް ފޮނުވުމަށް ގެންގުޅުނު ގޮތެކެވެ. money-spinner ގިނަ ފައިސާ ލިބޭ ކަމެއް.

moneyed

މަނީޑް. ނއ. މުއްސަނދި.

Mongol

މޮންގޮލް. ނއ. މޮންގޯލިއާ އަށް ނިސްބަތްވާ. —ނ. މޮންގޯލިއާގެ ރައްޔިތެއް.

mongol

މޮންގޮލް. ނ. މޮންގޮލިޒަމް ޖެހިފައިވާ މީހެއް.

Mongolia

މޮނގޯލިއާ. ނ. ޗައިނާގެ އުތުރުން އޮންނަ ބޮޑު ޤައުމެއް. ނ. ނއ. Mongolian.

mongolism

މޮންގޮލިޒަމް. ނ. ބައެއް މީހުން އުފަންވާއިރު ޖެހިފައި ހުންނަ ބައްޔެއް. މިބަލީގެ ސަބަބުން ލޮލާއި ކަންފަތް ކުޑަވެ، މޫނު ފަތާވެ، ހީނާޑިވެއެވެ.

Mongoloid

މޮންގޮލޮއިޑް. ނއ. މޮންގޯލިއާ ދަރިފަސްކޮޅުގެ މީހުންނާ ނަސްލީ ގޮތުން ވައްތަރު: ހަން ރީނދޫ، ލޯ ކުޑަ، މޫނު ފުޅާވެފައިވާ ފަތާ. އިސްތަށި ކަޅު. —ނ. މި ނަސްލުގެ މީހެއް.

mongoose

މޮންގޫސް. ނ. ހަރުފައަށް ހަމަލާ ދީ، މަރާލައި އުޅޭ ހޫނު ސަރަޙައްދުތަކުގެ ބޮޑު ބުޅަލެއްހާ ބޮޑު މީދަލެއް ފާޑަށް އޮންނަ ޖަނަވާރެއް.

mongrel

މަންގްރަލް. ނ. 1. ވަކި ޚާއްޞަ ސިފައެއް ނުވާ ކުއްތާއެއް. 2. ތަފާތު ދެ ނަސްލެއްގެ ކުއްތާ ޖޯޑުކޮށްގެން ވިހާ ކުއްތާ. —ނއ. އުޅުން ނުވަތަ އުފަންވުން މެކުވެފައިވާ (މަސްހުނިވެފައިވާ).

monitor

މޮނިޓަރ. ނ. 1. އެއްޗެއްގެ ހިނގުން ބެލުމަށް ނުވަތަ ޓެސްޓުކުރުމަށް ބޭނުންކުރާ އާލަތެއް. 2. ބްރޯޑްކާސްޓް ކުރާ ތަކެތި ބަލައި އަޑުއަހw ފަރާތެއް. ކަން ހިނގާގޮތް ބަލާ ފަރާތެއް. 3. މިފަދަ އެއްޗެއް. ޓީވީއެއް، އަޑުފޮއްޓެއް. 4. މަދަރުސާއެއްގައި ޚާއްޞަ ކަންތައްތަކެއް ހަވާލުކުރެވޭ ދަރިވަރެއް. —ކ. ވާނުވާބެލުން. އެއްޗެއްގެ، ކަމެއްގެ ހިނގުން ބަލައި ރެކޯޑުކޮށް، ޓެސްޓުކޮށް، ކޮންޓްރޯލް ކުރުން. monitor screen ޓެލިވިޜަން ސްޓޭޝަންއެއްގައި، ދުރަށްދައްކާ ޕްރޮގްރާމްތައް ފެންނަގޮތަށް ހުންނަ ސްކްރީން.

monitress

މޮނިޓްރަސް. ނ. އަންހެން މޮނިޓަރ އެއް.

monk

މަންކް. ނ. ދީނީ ކަމެއްގެ ގޮތުގައި ޖަމާޢަތެއްގައި ޢާއްމުންނާ ވަކިން އުޅޭ މީހެއް. ރާހިބު. ސާދު.

monkey

މަންކީ. ނ. 1. އިންސާނުންނާ ވައްތަރު ޖަނަވާރެއް. ރާމާމަކުނު. 2. ވަރަށް ސިޔާސަ މީހެއް. —ކ. (monkeyed, monkeying) ސިޔާސަގޮތަކަށް ސަކަރާތް ޖެހުން. don’t monkey with the switch = އެއާ ނުކުޅޭށެވެ. monkey business (ނުރަސްމީ ބަހުރުވައިން) ސިޔާސަ ކަންކަން. ސިއްރުން ތަނެއްގައި ހިންގާ ކަންކަން (ޚާއްޞަކޮށް މަންފާއެއް ލިބިގަތުމަށް). monkey engine ބިމަށް ބޮޑެތި މުޑި ޖަހަން ގެންގުޅޭ މަރުތެޔޮ ހިންގާ އިންޖީނު. monkey-nut ނ. ބަދަން. monkey puzzle އޮފިތައް އެކި ގޮތްގޮތަށް ކުދި ފަތްތަކެއް ހުންނަ ގަހެއް. monkey-tricks (ނުރަސްމީ ބަހުރުވައިން) ސިޔާސަކަންކަން. monkey-wrench ނ. ދިވެހީން ޝިފްޓަރު ކިޔާ ބާވަތުގެ އެކި ވަރު ވަރަށް ޖެއްސޭ ރެންޗު.

monkish

މޮންކިޝް. ނއ. މޮންކް (ރާހިބު) އަކަށް ނިސްބަތްވާ. ރަހްބާނީ.

monkshood

މޮންކްސްހުޑް. ނ. ކޯރިއެއް ފަދަ ގޮތަކަށް ހުންނަ ނޫކުލައިގެ މަލެއް އަޅާ ގަހެއް.

mono

މޮނޮ. ނ. އަޑު އެންމެ ޗެނަލަކުން އަންނަ. މިފަދަ ރެކޯޑިން އެއް.

monochrome

މޮނޮކްރޯމް. ނއ. އެންމެ ކުލައެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ. އެންމެ ކުލައެއް ހިމެނޭ. [އެއް ކުލަ އެކި ފަނޑުކަމުގައި ހުއްޓަސް ކިޔާނީ މިހެންނެއެވެ.]

monocle

މޮނޮކްލް. ނ. އެންމެ ލޮލަކަށް ހަދައިފައިވާ އައިނެއް.

monocular

މޮނޮކިޔުލަރ. ނއ. އެއް ލޯ ހިމެނޭ. އެންމެ ލޮލަކުން ބެލުމަށް ފަރުމާކޮށްފައިވާ. އެންމެ ލޮލެއްގެ. ނ. އެންމެ ލޮލަކުން ބަލާގޮތަށް ހުންނަ ދުރުމި، މައިކްރޮސްކޯޕް ފަދަ ތަކެތި.

monogamy

މޮނޮގަމީ. ނ. އެކަކާ އިނދެގެން އުޅުމުގެ ނިޒާމު.

monogram

މޮނޮގްރާމް. ނ. އެއް ނުވަތަ (ޢާއްމުކޮށް މީހެއްގެ ނަމުގެ) ދެ އަކުރު ބޭނުންކޮށްގެން ހަދައިފައިވާ ފަރުމާއެއް. މި ބޭނުންކުރަނީ ހެދުމުގައި އާއި ސިޓީލިޔާ ޚާއްޞަ ގަނޑުގައި ޖެހުމަށެވެ. އަމީނިއްޔާގެ ކުރީގެ ބެޖަކީ މޮނޮގްރާމް އެކެވެ. ނއ. monogrammed މޮނޮގްރާމްއެއް ޖަހާފައިވާ.

monograph

މޮނޮގްރާފް. ނ. އެންމެ މައުޟޫޢުއަކަށް ލިޔެފައިވާ ޢިލްމީ ދިރާސާއެއް.

monolith

މޮނޮލިތް (ތ ސުކުން ކިޔާނީ ފިއްތިއަޑުން). ތެދަށް ހުރި ބޮޑު ސިންގާ ހިލަގަނޑެއް. މިއީ އެކި ޙަޟާރަތްތަކުގެ މީހުން އެކި ބޭނުމަށް ބިމަށް ޖަހާ އެއްޗެކެވެ.

monolithic

މޮނޮލިތިކް. ނއ. 1. ބޮޑު އެއް ހިލަ ހިމެނޭ. 2. ބޮޑު އެއް އެތިގަނޑުގެ ގޮތުގައި (ބޮޑުކަމުން، ތަފާތުތައް މަދުކަމުން، ފަސޭހައިން ބަދަލު ނުގެނެވޭ/ނުކުރެވޭ).

monologue

މޮނޮލޮގް. ނ. ތަމްސީލެއްގައި ނުވަތަ ވާހަކަދެއްކުމެއްގައި އެންމެ މީހެއް ދައްކާ ދިގު ވާހަކަ.

monomania

މޮނޮމޭނިއާ. ނ. އެއް ޚިޔާލަކަށް ނުވަތަ ޝައުޤަކަށް ހެސްގަންނަ ގަތުން.

monophonic

މޮނޮފޯނިކް. ނއ. (އަޑާ މެދު) އެންމެ ޗެނަލަކުން ނުވަތަ މަގަކުން އަޑު އަންނަ.

monoplane

މޮނޮޕްލޭން. ނ. ދެފަރާތަށް އެއް ފިޔަގަނޑު ހުންނަ މަތިންދާބޯޓު. މިޒަމާނުގެ ހުރިހާ މަތިންދާބޯޓަކީ މިވައްތަރެވެ. ނަމަވެސް އެންމެ ފުރަތަމަ އީޖާދުކުރި އިރު، މަތިންދާބޯޓުގައި އެއް ފިޔަގަނޑު މަތީ އެހެން ފިޔަގަނޑެއް ހުރެއެވެ.

monopolist

މޮނޮޕޮލިސްޓް. ނ. މޮނޮޕޮލީއެއް (ވަކި ޚިދުމަތަކުން ނުވަތަ މުދަލަކުން ވިޔަފާރިކުރަން ފަހިވެފައިވާ ހަމަ އެންމެ ފަރާތެއްގެ) ވިޔަފާރިއެއް ފަދަ ކުންފުންޏެއް. ނ. monopolistic.

monopolize

މޮނޮޕޮލައިޒް. ނ. އެއްޗެއްގެ ކޮންޓްރޯލް ނުވަތަ ބޭނުން އެހެން ފަރާތަކަށް ނުލިބޭގޮތަށް އެއްފަރާތަކުން ނެގުން. monopolize the conversation ބައިވެރިވާ އެހެން މީހަކަށް ޖާގަ ނުދޭ ވާހަކަދެއްކުމެއް. ނ. monopolization.

monopoly

މޮނޮޕޮލީ. ނ. 1. ޚިދުމަތެއް ދެވޭ ނުވަތަ މުދަލެއް ވިއްކޭ ހަމައެކަނި ފަރާތް (ޖަމާޢަތެއް ނުވަތަ ކުންފުންޏެއް ނުވަތަ މުއައްސަސާއެއް). އެހެން މީހުންގެ ހިއްސާއެއް ނޯންނަގޮތަށް، ވިޔަފާރިއެއް ކޮންޓްރޯލްކުރާ ހަމައެކަނި ފަރާތް. (ޢ) އިޙްތިކާރު. [ދ. އެކަނިކާރު.] 2. އެއްޗެއް މިލްކުވެރިކޮށް ކޮންޓްރޯލް ކުރާ ފަރާތް. 3. Monopoly މަޅުގަނޑެއްގައި ކުޅޭ ކުޅިވަރެއް. މީގައި ހުންނަ ގޮޅިތަކުގައި ހުންނަ ބިންތައް، ނަމޫނާ ފައިސާއިން ގަނެވިއްކާ ހަދައެވެ.

monorail

މޮނޮރެއިލް. ނ. އެންމެ ރޭލު ދަގަނޑެއްގައި ދުވާ ރޭލު.

monosyllable

މޮނޮސިލަބްލް. ނ. އެއް ސިލަބްލް ހިމެނޭ ލަފުޒެއް. މ. heat, jump, buy. ނއ. monosyllabic.

monotheism

މޮނޯތިއިޒަމް. މޮނޮތިއިޒަމް. ނ. އެންމެ ކަލާނގެއެއް ކަންވަނީ ޤަބޫލުކުރާ އިޢުތިޤާދު. ތައުޙީދު. އެކަދޭވަތާ. ނއ. monotheistic.

monotone

މޮނޮޓޯން. ނ. ވާހަކަ ދެއްކުމުގައި ނުވަތަ ލަވަކިޔުމުގައި ތޫލިމިން ބަދަލުނުވާ އަޑު.

monotonous

މޮނޮޓޮނަސް. ނއ. ތަފާތު ވުމެއްނެތް. ފޫހި. ބަދަލު ނުވާތީ ޝައުޤުވެރިކަން ނުއުފައްދާ. (ޢ) ރަތީބު. ނއ. monotonously.

monotony

މޮނޮޓޮނީ. ނ. ފޫހި، އެއްކަމެއް، އިޙްސާސެއް، ތަކުރާރުވާ ޙާލަތެއް. The monotony of driving can cause accidents.

monoxide

މޮނޮކްސައިޑް. ނ. އެއް އޮކްސިޖަން އެޓަމް ހިމެނޭ އޮކްސައިޑް އެއް.

Monrovia

މޮންރޯވިއާ. ނ. ލައިބީރިއާގެ ވެރިކަން ކުރާ ޝަހަރު.

Monseigneur

މޯންސެންޔަރ. ނ. ފަރަންސޭސި ބޮޑުންގެ ލަޤަބް.

Monsieur

މޮސްޔަރ. ނ. އިނގިރޭސިބަހުން މިސްޓަރ ”ސާހިބާ“ ބޭނުންކުރާ ގޮތަށް، ފަރަންސޭސިބަހުން ފިރިހެނުންނަށް ބޭނުންކުރާ ލަޤަބް.

Monsignor

މޮންސީންޔޯ. ނ. ރޯމަން ކެތަލިކް މަޒުހަބުގެ އިސް ފާދިރީންނަށް ބޭނުންކުރާ ލަޤަބު.

monsoon

މޮންސޫން. ނ. 1. ވަކި ދުވަސްވަރަކު ދެކުނު އޭޝިއާގެ ޤައުމުތަކަށް ޖެހޭ ވައެއް. 2. ހުޅަނގު ދެކުނު މޮންސޫންގައި ވެހޭ ވާރޭ.

monster

މޮންސްޓަރ. ނ. 1. ބޮޑު ހުތުރު ނުވަތަ ބިރުގަންނަ ޚިޔާލީ ދެއްވެއް. 2. އެހެން އެއްޗިއްސާ ވަރަށް ތަފާތު ގަހެއް ނުވަތަ ޖަނަވާރެއް. 3. ބިޔަ ކޮންމެ ފަދަ އެއްޗެއް. 4. ވަރަށް އަނިޔާވެރި ނުލަފާ މީހެއް.

monstrance

މޮންސްޓްރަންސް. ނ. ރޯމަން ކެތަލިކް ނަޞާރާއިން ފައްޅިއަށް ދާ މީހުންނަށް ރޮށިކޮޅެއް ދައްކަން އެލާފައި ހުންނަ ހަރެއް. މި ހަރުހުންނަނީ ވަރަށް ރީއްޗަށް ހަދާފައެވެ. މި ރޮށްޓަކީ އެމީހުންގެ ނަޒަރުގައި، ޢީސާގެފާނުން އެންމެ ފަހުން ފަރިއްކުޅުއްވި ކާނާއަށް ނިސްބަތްކުރާ އެއްޗެކެވެ.

monstrosity

މޮންސްޓްރޮސިޓި. ނ. ބޮޑު ހުތުރު، ބަލައިލުމުން ހުއްޓުންއަރާ އެއްޗެއް. The new office building is a real monstrosity.

monstrous

މޮންސްޓްރަސް. ނ. 1. ވަރަށް ބޮޑު އަދި ހުތުރު. 2. ވަރަށް ގޯސް، ސޭކު، ފެނުމުން ކުއްލި ހުއްޓުމެއް އަންނަހާ ހުތުރު.

Mont.

ކުރުކޮށް މޮންޓާނާ.

montage

މޮންޓާޖް. ނ. 1. ފިލްމުތަކުގައި ވަގުތުގެ ދައުރުވުން، ތަން ބަދަލުވުން، މޫސުން ބަދަލުވުން ފަދަ ކަންކަން އަންގައިދިނުމަށް އެކި އިރުގެ ފޮޓޯތައް ޖެހިޖެހިގެން ގުޅުވާ ގުޅުވުން. 2. ތަފާތު އެތައް މަންޒަރެއްގެ އެކި ތަންތަންކޮޅު ބޭނުންކޮށްގެން ހަދާ ހެދުން. 3. މިގޮތަށް ހަދާފައި ހުންނަ މަންޒަރު. The ads feature a montage of images – people surfing, swimming, and playing basketball.

Montana

މޮންޓާނާ. ނ. ޔޫ.އެސް. ގެ ސްޓޭޓް އެއް.

m – meal

mealy – Montana

montbretia – myxomatosis