
މި މަޒުމޫނުގައި ތިޔަ ބޭފުޅުންނަށް މި ހުށަހަޅައިދެނީ އިނގިރޭސި މަޝްހޫރު ބަސްފޮތެއްގެ ތަރުޖަމާގެ ތެރެއިން S (އެސް އަކުރުގެ) ރަދީފުގެ ތަރުޖަމާއެވެ.
އެސް އަކުރަކީ އިނގިރޭސި ބަހުގައި ޚާއްޞަ އަކުރެކެވެ. އެއީ އެ އަކުރުން ފެށޭ ލަފުޒު އާއި ސީނުގެ އަޑު އިނގިރޭސި ލަފުޒުތަކުގައި ގިނަކަމުންނެވެ. އެންމެ ގިނަ ލަފުޒު ފެށެނީ އެސް އަކުރުންނެވެ. އިނގިރޭސި އަލިފުބާގައި 26 އަކުރު އޮތްކަމުގައި ވިއަސް، %13 ލަފުޒު ފެށެނީ އެސް އަކުރުންނެވެ. އެސް އިން ފެށޭ ލަފުޒަކީ އިނގިރޭސި ބަސްފޮތުގެ ހަތްބައިކުޅަ އެއް (1/7) ބައެވެ.
މިފަހަރު ވެސް، ލަފުޒުތައް ކިޔާ ގޮތާއި ލަފުޒު ނިސްބަތްވާ މައިގަނޑު ބަޔާއި، ޒަމާނާއެކު ލަފުޒު ފުރޮޅޭ ގޮތާއި، ލަފުޒު ބޭނުންކުރާ ގޮތުގެ މިސާލުތަކާއި މަޖާޒީ މާނައިގައި ލަފުޒު ހިމެނޭ ޢިބާރާތްތައް ގެނެސްދީފައި ވާނެއެވެ.
ލަފުޒުތައް ގިނަ ކަމުން، އެންމެ ވެބު ޞަފުޙާއެއްގައި އެ ދެއްކުމަކީ އަދި އެއިން ބަހެއް ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. އެހެންވެ، މި ޙިއްޞާކުރަނީ އޭގެ ޕީޑީއެފް އެވެ. އޭގައި ލަފުޒުތައް އެތުރިފައިވާނީ ޗާޕުކުރާ ފޮތަކަށް އަތުރާފައި ހުންނަ ބީދައިން ތިރީގައިވާ ގޮތަށެވެ.
މި އަކުރު ގެ ތަރުޖަމާ، ދެ ކޮލަމުގައި ލިޔުމުން 247 ޞަފުޙާ ވެއެވެ.
މި އަކުރު ނިންމުމުގެ ތައުފީޤު ދެއްވިކަމަށްޓަކައި މާތް ﷲ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރުމާ އެކު ، ބާކީ އޮތްބައި ނިންމާލުމުގެ ތައުފީޤަށް އެދި ދަންނަވަމެވެ. އާމީން!
ތިރީގައިވާ ފިތަށް އޮބައިލުމުން ބަސްފޮތުގެ އެސް އަކުރުގެ ރަދީދު ޑައުންލޯޑު ވާނެއެވެ.
Leave A Comment