ކިޔެވުމާއި ކިޔަވައިދިނުން
އޮކްސްފޯޑް ޑިކްޝަނަރީގެ E އަކުރުގެ ތަރުޖަމާ
މި މަޒުމޫނުގައި މިގެނެސްދެނީ އަޅުގަނޑު ތަރުޖަމާ ކުރަމުން އަންނަ އޮކްސްފޯރޑް ޑިކްޝަނަރީގެ E އަކުރުން ފެށޭ ލަފުޒުތަކެވެ. ލަފުޒުތަކާ ބެހޭ ގޮތުން ތިރީގައިވާ ނުކުތާތަކަށް ސަމާލުކަން ދެއްވުންއެދެމެވެ.
-
ތާނަ އަކުރުތަކުގައި، އިނގިރޭސި އަޑުތަކުގައި ހުންނަ ބައެއް އަޑުތަކެއް ނުހުރެއެވެ. ޚާއްޞަކޮށް، އެބެފިއްޔާއި އިބިފިއްޔާ ދެމެދުން ކިޔާ، ބޭންކް ފަދަ ލަފުޒުތައް ކިޔާ އިރު ޖަހާ ފިއްޔެއް ނުވެއެވެ. އެހެންކަމުން އަކުރުތައް ކިޔާގޮތް ލިޔެފައިވަނީ ކިޔާ ގޮތާ އެންމެ ގާތްކޮށް ތާނައިން ލިޔެވޭ ގޮތަށެވެ.
-
ތާނަ ލިޔުމުގައި ތ ގައި ސުކުންކޮށްފައިވާ އަޑުތައް ކިޔުއްވަން ވާނީ ޢަރަބި ت ގައި ސުކުން ކުރީމާ ކިޔާ ގޮތަށެވެ.
-
ގިނަ ދިވެހީން އިނގިރޭސި ލަފުޒުތައް ކިޔަނީ ނުބައިކޮށެވެ. މިސާލެއްގެ ގޮތުން، e އަކުރުން ފަށާ ވަރަށް ގިނަ ލަފުޒު ކިޔަންޖެހޭނީ އަލިފުގައި އިބިފިލި ޖެހީމާ ކިޔާ ގޮތަށެވެ. މިސާލަކަށް ”exam“ މި ލަފުޒު ކިޔާ ގޮތަކީ އިގްޒޭމް އެވެ. އެކަމަކު ދިވެހީން ކިޔާ އުޅެނީ އެގްޒާމް އެވެ. ކިޔާ ގޮތް ލިޔެފައިވަނީ އެތައް ފަހަރަކު، ލަފުޒުތައް ކިޔާ ގޮތް އަޑުއެހުމަށް ފަހު، އަދި ފޮނެޓިކް އަލިފުބާއިން ކިޔަންޖެހޭ ގޮތްކަމަށް ލިޔެފައިވާ ގޮތަށް ރިއާޔަތް ކުރުމާ އެކުއެވެ.
-
ކުށެއް ފާހަގަ ކުރެއްވޭނަމަ ކޮމަންޓެއްގެ ގޮތުގައި ލިޔުއްވުން އެދެމެވެ.
-
މި ބައި ތަރުޖަމާކޮށް ގެނެސްދިނުމަށް ފުލްޓައިމްކޮށް މަސައްކަތްކޮށްގެން ދޮޅު މަސް ދިޔައެވެ. ދެން ގެނެސްދޭ އަކުރު ޝާއިޢުކުރާނީ e އަކުރުގެ މި ހުރިހާ ލަފުޒެއް ކިޔާގޮތާއި މާނައާ އެކު ކިޔުންތެރިއަކު އަޅުގަނޑަށް ކިޔާދިނުމުންނެވެ. :-)
E.
ކުރުކޮށް. east ނުވަތަ eastern (އިރުމަތި ނުވަތަ އިރުމަތީ).
each
އީޗް. ނއ. ކޮންމެ. ދެ ނުވަތަ އެއަށް ވުރެ ގިނަ ތަކެއްޗާއި ކަންކަމުގެ ތެރެއިން އެކަތި. މ. each woman ކޮންމެ އަންހެނެއް. –ޕ. ކޮންމެ އެއްޗެއް ނުވަތަ މީހެއް. މ. އޭގެ ތެރެއިން ކޮންމެ މީހެއް – each of them. we see each other – އަހުރުމެންނަށް އެކަކު އަނެކަކު ފެނެއެވެ (ބައްދަލުވެއެވެ). each way އަސްރޭސް ފަދަ ބާޖީ މަރައިގެން ކުރާ ކަމެއްގައި އެއްވަނައަށް އައުމުން ނުވަތަ ވަނައެއް ލިބުމުން ވަކި ފައިސާއެއް ލިބޭގޮތަށް ހަރާދުކިޔުން.
eager
އީގަރ. ނއ. ކަމެއް ކުރުމަށް ވަރަށް އެދުންވެރިވެފައިވާ. ޝައުޤުހުރި. –ކއ. eagerly. ނ. eagerness. eager beaver ނުރަސްމީ ބަހުރުވައިން ވަރަށް މުރާލި މީހެއް.
eagle
އީގްލް. ނ. 1. ޖަނަވާރު ކައިއުޅޭ ބުޅި ތުނބެއް ހުންނަ، ވަރަށް ދުރު ފެންނަ، ހޯރައަޅައިގެން އުދުހޭ ދޫންޏެއް. އެހަނޑަ، ސުރުމުތި، ބާޒު. 2. ގޮލްފް ގައި ވަކިގޮތަކަށް ބޯޅަ ޖެހުމުން ލިބޭ ޕޮއިންޓެއް. eagle-eye ލޯ ވަރަށް ތޫނު. ވާނުވާގޮތް ބެލުމަށް ހުންނަ ފާރަވެރިކަން. ނއ. eagle-eyed.
eaglet
އީގްލަޓް. ނ. ބާޒު އާއިލާގެ ޅަ ދޫންޏެއް.
ear
އިއަރ. ނ. 1. އިންސާނުންނާއި ޖަނަވާރުންނަށް އަޑު އިވޭ ގުނަވަން. މީގެ ބޭރު ފަރާތް. ކަންފަތް. 2. ތަފާތު އަޑުތައް ފާހަގަކުރުމަށް ހުންނަ ޤާބިލްކަން. މ. he has an ear for music މިޔުޒިކުން ހިތްހަމަޖެހުން ހޯދާ. 3. އަޑުއެހުން. ސަމާލުކަން. lend an ear ސަމާލުކަމާ އެކު އަޑުއެހުން. have a person’s ear މީހެއްގެ ރުހުންތެރި ސަމާލުކަން ލިބިގެންވުން. 4. ކަންފަތުގެ ސިފަޖަހާ އެއްޗެއް. be all ears ސަމާލުކަމާ އެކު އަޑުއެހުން. ear-drum އަޑު ޖެހުމުން ތުރުތުރު އަޅާ ކަންފަތުގެ އެތެރޭގައިވާ ހަންކޮޅެއް. ކަންފަތު ތޫރި. ear-plug ކަންފަތެއް އެއްޗެއް ވަދެދާނެތީ ޖަހާ އުނގުރިއެއް. ear-ring ޒީނަތަކަށް ކަންފަތުގެ ފޫޅުގަނޑުގައި އަޅުވާ ބޮޅެއް. ear-splitting ކަންފަތް “ފަޅައިގެންދާހާ” އަޑުގަދަ. have one’s ear to the ground ފެޝަނަށް ނުވަތަ ތަފާތު ތޯތޯ އަޑުތަކަށް ހޭލުންތެރި. up to the ears ކަމެއްގައި ވަރަށް ބޮޑަށް މަޝްޣޫލުވެގެންވާ.
ear
އިއަރ. ނ. ޒުވާރި ފަދަ ތަކެތި ހުންނަ ކުރާގަނޑު.
earache
އިއަރއޭކް. ނ. ކަންފަތުގައި (ތޫރީގައި) ރިހުން.
earful
އިއަރފުލް. ނއ. ނުރަސްމީ ބަހުރުވައިން 1. ދައްކާ ވަރަށް ގިނަ ވާހަކަ. 2. އެއްޗެތި ގޮވުމުގެ ގޮތުން މީހަކާ ދިމާއަށް ލަވާ ހަޅޭއް.
earl
އާރލް. ނ. އިނގިރޭސި ވިލާތުގެ ބޭފުޅުންނަށް ދޭ ޢިއްޒަތުގެ ތެރެއިން މާރކްއިސް އާއި ވައިކައުންޓް އާ ދެމެދުގައިވާ ލަޤަބު ލިބިފައިވާ މީހެއް. earldom މިފަދަ މީހެއްގެ މަޤާމު ނުވަތަ ބިން. Earl Marshal ރަސްމިއްޔާތު ތަކުގައި ޚާއްޞަ ކަންތައްތަކެއް ޙަވާލުކުރެވޭ މީހެއް.
early
އާރލީ. ނއ. ކއ. (earlier, earliest) 1. އާއްމުކޮށް ނުވަތަ ހީކުރި ވަރަށް ވުރެ އަވަހަށް (އައުން). 2. ވަގުތެއްގެ ނުވަތަ ސިލްސިލާއެއްގެ ކުރީކޮޅުގައި. މ. his early years އޭނާގެ ކުރީ ދުވަސްވަރު. ނ. earliness. early bird އަވަހަށް ހޭލާ ނުވަތަ ތަނަކަށް އަވަހަށް އަންނަ މީހެއް. early closing ފިހާރައެއް/ވިޔަފާރިއެއް އަވަހަށް ބަންދުކުރާ. early on ކުރީ ފިޔަވައްސެއްގައި، ކުރީކޮޅުގައި. އިބްތިދާއީ.
earmark
އިއަރމާކް. ނ. ފާހަގަވާ ނިޝާނެއް. ކ. 1. ފާހަގަ ވާގޮތެއް، ޚާއްޞަ ނިޝާނެއް/ތަކެއް ޖެހުން. 2. ވަކި ކަމަކަށް ނުވަތަ ބޭނުމަކަށް ވަކިކޮށް އެއްފަރާތްކުރުން މ. ގެއެއް އެޅުމަށް ކަނޑައަޅާ ފައިސާ.
earn
އާރން. ކ. (earned, earning) މީހެއްގެ މަސައްކަތަށް ނުވަތަ މޮޅުކަމަކަށް ޙައްޤުވުން ނުވަތަ ލިބުން. 2. ކަމަކަށް ހޭދަކުރި ނުވަތަ އެކައުންޓެއްގައި ބެހެއްޓި ފައިސާއިން އިންޓަރެސްޓެއް ލިބުން. earned income ވަޒީފާއެއްގައި އުޅުމުން ލިބޭ ފައިސާ. earnings ލިބުނު އާމްދަނީ ނުވަތަ ފައިސާ.
earnest
އާރނިސްޓް. ނއ. އިޚްލާސްތެރި. މަޤްޞަދުގައި ނުވަތަ ޝުޢޫރުތަކުގައި ސަމާސާ ނުހިމެނޭ. ހަރޮށި. –ނ. 1. އެއްބަސްވުމެއް ތައުކީދުކުރަން ނުވަތަ ޔަޤީން ކުރަން ދޭ ފައިސާ. ކަމަކަށް ބަހާލައިގެން އަގުދައްކާ އިރު، އެއިން ބައެއްގައި ދޭ ފައިސާ. 3. ވާން ހުރި ކަމުގެ ނިޝާނެއް ނުވަތަ ރަމްޒެއް ނުވަތަ ޢަލާމާތެއް. މ. an earnest of what is to come – އަންނަން އޮތް ކަމުގެ ޢަލާމާތެއް. ކއ. earnestly. ނ. earnestness. in earnest ސަމާސާއެއް ނެތި އިޚްލާޞްތެރިކަމާއެކު. ޢަޒުމާއެކު. ވަރަށް ބޮޑަށް.
earphone
އިއަރފޯން. ނ. ކަންފަތަށް ޖަހާ އަޑު ނުކުންނަ އާލަތެއް.
earshot
އިއަރޝޮޓް. ނ. އަޑު އިވޭ ދުރުމިން.
earth
އާރތް. ނ. 1. އަހުރެމެން މި ދިރިއުޅޭ ގުރަހަލި ނުވަތަ ޕްލެނެޓް. އަހުރެމެން ދިރިއުޅޭ ދުނިޔެ. 2. ދުނިޔޭގެ ސަޠަޙަ، ބިން. ބިންމަތި. މ. އޭނާ ވެއްޓުނީ އާރތް އަށެވެ. 3. ނުރަސްމީ ބަހުރުވައިން ވަރަށް ބޮޑު މިންވަރެއް. މިސާލީ. އޭގެ އަގަކަށް އާރތް ވާނެއެވެ. 4. ބިމުގެ ވެލި. 5. ހިޔަޅު ފަދަ ތަކެތި ދިރިއުޅޭ ހޮރު. 6. ވަހެއް ރަހައެއް މާ ބޮޑަށް ނުދޭ އޮކްސައިޑް (ކެމިކަލް) އެއް. 7. ކަރަންޓު ވައިރުކުރާއިރު ބިމާ ގުޅޭ ނަރު ނުވަތަ އެފަދަ ގުޅުން. ކ. 1. ގަސްގަހާ ގެހީގެ ބުޑަށް ވެލިއަޅައި އުސްކުރުން. 2. ކަރަންޓު ސާކިޓެއް ބިމާ ގުޅޭ ނަރާ ގުޅުން. on earth މި ބިންމަތީގައި، މި ދުނިޔޭގައި (މުސްތަޤްބަލްގައި ވެދާނެ ކަމެއް ނޫން ކަމަށް، އަދި މިހާރުގެ ކަމެއް ކަމަށް ބާރުލާ ބުނާ ބަހެއް) މ. why on earth… ކީއްވެގެން އެއްވެސް ގޮތަކަށް؟ run a thing to earth ގެއްލިފައިވާ އެއްޗެއް ވަރަށް ބޮޑަށް ހޯދުމަށް ފަހު ފެނުން.
earthen
އާރތްން. ނއ. މަށި ހޫނުކޮށްގެން ހަދައިފައިވާ. ބިމުގެ ވެލިން ހަދައިފައިވާ.
earthenware
އާރތުންވެއަރ. ނ. އޮމާން ނޫން ގޮތަކަށް، މަށި ފިހެގެން ހަދައިފައިވާ ކަންވާރު.
earthly
އާރތްލީ. ނއ. 1. މި ދުނިޔެއާ ބެހޭ. މި ދުނިޔޭގައި މީހުން ދިރިއުޅުން ހޭދަކުރާ ކުރުމާ ގުޅޭ. މ. no earthly use ދިރިއުޅުމުގައި އެއްވެސް ބޭނުމެއް ނުވާ.
earthquake
އާރތްކުއޭކް. ނ. ބާރުގަދަކޮށް، ބިމުގެ މަތީ ނާށިގަނޑު ހެލުން. ބިންހެލުން. ޒަލްޒަލާ.
earthwork
އާރތްވާރކް. ނ. ތަނެއްގެ ކައިރިފަށުގައި ދިގަށް ޖަހާ ވެލި ފާރެއް. ބާޑި.
earthworm
އާރތްވާރމް. ނ. ބިމުގައި އާއްމުކޮށް އުޅޭ ފަންޏެއް. ކިލާފަނި.
earthy
އާރތީ. ނއ. 1. ބިމުގެ ވެއްޔާ ވައްތަރު. 2. ހުތުރުކަން ބޮޑު. ތަހުޒީބެއް ނެތް.
earwig
އިއަރވިގް. ނ. ފޫކޮޅުގައި ދެ ދަތްގަނޑުލީ ކުޑަ ހަޝާރާ (އިންސެކްޓް) އެއް. ކަންފަތުން ބޮލަށް މި އެތި ވަންނަކަމަށް ބުނާތީ މިހެން ކިޔަނީއެވެ.
ease
އީޒް. ނ. 1. ނުތަނަވަސްކަމާއި ހާސްކަމާއި އުނދަގުލާއި ތަދުން މިނިވަންވެފައިވާ ޙާލަތް. 2. ތަދުވުމުން މިނިވަންވުން. 3. ދަތި ނުވަތަ އުނދަގޫ ކަމެއް ހިމެނިގެން ނުވުން. މ. did with ease (ފަސޭހަކަމާއެކު ކޮށްފައިވާ…). –ކ. 1. އުނދަގުލުން ނުވަތަ ދަތިން ސަލާމަތްވުން. 2. ކުރިއަށް ވުރެ ލުއި ކުރުން، ފަސޭހަކުރުން. 3. މަޑުމަޑުން ނުވަތަ ލަސްލަހުން ގެންދިއުން ނުވަތަ ޙަރަކާތް ކުރުވުން. މ. ease it in. 4. ދަށްވުން ނުވަތަ އެއްޗެއްގެ ބާރު ކުޑަވުން. މ. ޠޫފާން އީޒް އަޕް ވުން. at ease އަރާމުގައި، ނުތަނަވަސްކަމުން އެއްކިބާވެފައި. ދެ ފައި ދުރުކޮށް ލުއިގޮތަކަށް ކޮޅަށް ހުރުން. at one’s easeއަރާމުގައި، ލަދުގަތުމެއް ނެތި، ނުވަތަ ޖެހިލުންވުމެއް ހާސްވުމެއް ނެތިވުން.
easel
އީޒްލް. ނ. ކުރަހާ ކުރެހުމެއް ނުވަތަ ޗޯކުން ލިޔާ ބޯޑު ފަދަ އެއްޗެއް ބެހެއްޓުމަށް ހަދާފައި ހުންނަ ތިންފައި ނުވަތަ ހަތަރުފައި ޖެހި ހަރެއް.
easily
އީޒިލީ. ކއ. 1. ފަސޭހަގޮތަކަށް، ދަތިކަމެއް ނެތި. ސަހަލު. 2. ބޮޑު ތަފާތަކުން. މ. އޭނާ އަކީ އީޒިލީ އެއްވަނަ އެވެ.
east
އީސްޓް. ނ. 1. އިރު އަރާ ދިމާ. އިރުމަތި. މި މިސްރާބު. 2. އެއްޗެއްގެ އިރުމަތީ ފަރާތް. 3. the East ޔޫރަޕުގެ އިރުމަތީ ބިތުގައިވާ ޤައުމުތައް. –ނއ. ކއ. އިރުމަތީ ފަރާތަށް ނުވަތަ އިރުމަތީ ފަރާތުން. މ. އީސްޓް ވިންޑް = އިރުމަތިން ޖެހޭ ވައި.
Easter
އީސްޓަރ. ނ. ނަޞާރާ ދީނުގައި، ޢީސާގެފާނު ފޮނުއްވާނޭ ކަމަށް ބުނެ ފާހަގަ ކުރާ ޢީދެއް. މި ދުވަސް އަދި ދުވަސްވަރު އަންނަނީ މާރޗް ނުވަތަ އޭޕްރިލް މަހުގެ އާދީއްތަ ދުވަހަކާ ގުޅިގެންނެވެ. Easter egg ޗޮކުލެޓުން ކުކުޅުބިހެއްގެ ގޮތަށް ހަދާފައިވާ ކާނާއެއް. މިއީ އީސްޓަރ ދުވަސްވަރު މީހުންނަށް ހަދިޔާއަކަށް ދޭ އެއްޗެކެވެ.
easterly
އީސްޓަރލީ. ނއ. އިރުމައްޗަށް ނުވަތަ އިރުމަތީގައި. މ. އީސްޓަރލީ ވައިރޯޅި. އިރުމަތީ ފަރާތުން ޖެހޭ ވައިރޯޅި. –ނ. އިރުމަތިން ޖެހޭ ވައި.
eastern
އީސްޓަން. ނއ. އިރުމަތީގައި ނުވަތަ އިރުމަތީ ފަރާތުގެ.
eastward
އީސްޓްވާރޑް. ނއ. އިރުމަތީ ފަރާތާ ދިމާއަށް. ނއ. eastwards
easy
އީޒީ. ނއ. 1. އުނދަގޫ ނޫން. ފަސޭހަ. ލުއި. ބޮޑު އުނދަގުލަކާ ނުލައި. 2. ތަދުވުމެއް ރިހުމެއް ނުތަނަވަސް ކަމެއް ހާސްކަމެއް ނުވާ. މ. އީޒީ އުޅުން، އީޒީ ހާލަތު. –ކއ. ފަސޭހަ ކަމާއެކު. ފަސޭހަ ގޮތަކަށް. ނ. easiness. easy chair ފަސޭހަ އަރާމު ބޮޑު ގޮނޑިއެއް. easy-going ހަރުކަށިކަމެއް ނުވާ. ގިނަ ގޮތްތައް ވަރިހަމަ. easy on the eye ބަލައިލުމަށް ފަސޭހަ. ހިތްގައިމު. Easy Street ތަނަވަސް ކަމުގެ ހާލަތެއް. go easy with ފަރުވާތެރިކަމާއެކު. go easy on the butter ބަޓަރު މަދުން ބޭނުންކުރުން. I am easy އަހުރެންނަށް ވަރިހަމަ. stand easy ލުއިގޮތަކަށް ކޮޅަށް ހުރުން. take it easy ފަސޭހަގޮތަކަށް ކުރިއަށް ދިއުން. އަރާމު ކުރުން.
eat
އީޓް. ކ. 1. ހަށިގަނޑަށް ކާނާ ދިނުމަށް އަނގައަށް ކާތަކެތި ލައި ދިރުވައިލުން. ކެއުން. ހަފައިގެން ކެއުން. 2. ކެއުމެއް ކެއުން. 3. ލަސްލަހުން އެއްޗެއް ގިރިގެން ނުވަތަ ހަލާކުވެގެން ނުވަތަ ނެތިގެން ދިއުން. މ. ރާހުތް ދަގަނޑު ކައެވެ. ކާރުގެ ދުވެލި މޭލުތައް ކައިފިއެވެ = ކާރުގެ ދުވެލިން ދުރު ރާސްތާއެއް ކަޑައްތުކޮށްފިއެވެ. eating apple ނުކައްކާ ކެއުމަށް އެކަށީގެންވާ ސޭބޫ ނުވަތަ އާފަލު. eat one’s heart out ކަމަކަށް އެދުމުގައި ނުވަތަ އިންތިޒާރުކުރުމުގައި ހިތަށް ތަދުވުން. eat one’s words ކުރިން ބުނި އެއްޗެއް އަނބުރާ ގެންނަން ޖެހުން. eats ނުރަސްމީ ބަހުރުވައިން ކާނާތައް. what’s eating you = ކަލޭ ރުޅިއައިސްގެން ތިއުޅެނީ ކޮންކަމަކާ؟
eatable
އީޓަބްލް. ނއ. ކެއުމަށް އެކަށީގެންވާ. eatables ކާނާ.
eater
އީޓަރ. ނ. 1. ކެއުމަކަށް އިންސާފުކުރާ މީހާ. 2. ކެއުމަށް އެކަށީގެންވާ އާފަލު.
eau-de-Cologne
އޯ-ޑި-ކޮލޯން. ނ. ކޮލޯން ކިޔާ ސަހަރެއްގައި އުފެއްދި ވަސްމަޑު އަތަރެއް.
eaves
އީވްސް. ނ. ބިތުން ތިރިއަށް ފައިބާފައި އޮންނަ ފުރާޅެއްގެ އެންމެ ތިރީ ކައިރިފަށް. އަސްކެނި.
eavesdrop
އީވްޒްޑްރޮޕް. ކ. ބަޔަކު ދައްކާ ވާހަކައެއް ސިއްރުން (އެމީހުންނަށް ނޭނގި) އަޑުއެހުން.
ebb
އެބް. ނ. 1. ގޮނޑުދޮށުން ދިޔަވަރު ދުރަށް ދާ ދިއުން. ހިކި ދިޔަވަރު. 2. އެއްޗެއް ނުވަތަ ކަމެއް ދަށްވެ ތިރިވެގެން ދާ ދުވަސްވަރު. –ކ. 1. ދިޔަވަރު ހިކުން. 2. އެއްޗެއް ދަށްވުން، ބާރުކެނޑުން. މ. އުމުރުން ދުވަސްވުމުން ގައިބާރު އެބް ވުން.
ebony
އެބަނީ. ނ. ހޫނު ސަރަޙައްދުތަކުގައި ހެދޭ ކަޅު ވަކަރު ހުންނަ ގަހެއް. ކަޅުވަކަރު. ނއ. ކަޅުވަކަރު ހާ ކަޅު.
ebullient
އިބުލިއަންޓް. ނއ. އުފާވެރި ރޫހެއްގައިވުން. މަޖާވެފައި. –ނ. ebullience
eccentric
އިކްސެންޓްރިކް. ނއ. (ހެއްވާ ގޮތަކަށް) އާދަޔާ ޚިލާފު، ދެކެފައި ނުވާ، ނުފަރިތަ. ޣަރީބް. ޢަޖީބް.
Eccles cake
އެކޫލްޒް ކެއިކް. ނ. އެތެރެއަށް ހިކި މޭބިސްކަދުރު އަޅާފައި ހަދާ ވަށް ކުޑަ ކޭކެއް.
ecclesiastical
އިކްލިޒިއާސްޓިކަލް. ނއ. ފައްޅިއާއި ނުވަތަ ފައްޅީގެ ބޮޑުންނާ ގުޅޭ.
echelon
އެޗިލޯން. އެޝިލޯން. ނ. 1. އޮފީހެއްގެ ނުވަތަ މުއައްސަސާއެއްގެ ފަންތިއެއްގެ މީހުން. މުޖުތަމަޢުގެ ވަކި ފެންވަރެއްގެ މީހުން. 2. ވަކި ތަރުތީބަކަށް ލަޝްކަރެއްގައި ނުވަތަ ގުރޫޕެއްގައި ހިމެނޭ މީހުން.
echo
އެކޯ. ނ. 1. ބިތެއްގައި ޖެހިފައި، ރިވެލިވެގެން އަންނަ ތަކުރާރުވާ އަޑު. 2. އެއްޗަކާ ވަރަށް ވައްތަރު އެއްޗެއް. މީހަކު ވާހަކަ ދައްކާ ގޮތަށް ދައްކާ ވާހަކަ. އެކަން ކުރާ މީހާ. ކ. 1. އަޑެއް ތަކުރާރު ކުރުން. 2. ތަކުރާރުކުރުން ނުވަތަ ކޮޕީކުރުން ނުވަތަ ތަޤްލީދުކުރުން.
eclair
އެކްލެއަރ. އިކްލެއަރ. ނ. އެތެރެއަށް ކްރީމް އަޅައި، މަތީގައި ޗޮކްލެޓް އުނގުޅައިގެން ފަށަލަހުންނަ ފުށުން ފިހާ ހެދިކާއެއް.
eclampsia
އިކްލަމްޕްސިއާ. ނ. ބަލިވެއިނުމުން ނުވަތަ ވިހެއުމުގެ ތެރޭގައި އަންހެނުން ހަބަރުހުސްވެ ވެއްޓޭ ގޮތްވުމުގެ ޙާލަތު ނުވަތަ ބަލި. ނއ. eclampsic.
eclectic
އިކްލެކްޓިކް. ނއ. އެކި ފަރާތްތަކުގެ ޚިޔާލުތައް ނުވަތަ ގޮތްތައް ހިމަނައިގެން ހަދައިފައިވާ ނުވަތަ އެކުލަވައިލާފައިވާ. މ. ރާގެއް، ނަޒަރިއްޔާއެއް.
eclipse
އިކްލިޕްސް. ނ. 1. އުޑުގައިވާ އެއްޗަކުން އެހެން އެއްޗެއްގެ އަލި ކެނޑުން. ކޭތަހިފުން. 2. މީހެއްގެ ނުވަތަ އެއްޗެއްގެ ބާރު ނުވަތަ މަޝްހޫރުކަން ނުވަތަ އަލި ކެނޑުން ނުވަތަ ފޭދުން. —ކ. 1. އެއްޗަކަށް ކޭތަ ޖެހުން. 2. އެއްޗަކަށް ވުރެ އަނެއް އެއްޗެއްގެ އަލި ގަދަވުން. ފޭދުމުގެ ތެރެއަށް އެއްޗެއް ފޮނުވާލުން.
ecliptic
އިކްލިޕްޓިކް. ނ. ތަރިތަކުގެ ކުރިމަތިން އަހަރު ދުވަހުގެ ތެރޭގައި އިރު ދަތުރުކުރާކަމަށް ފެންނަ (ޚިޔާލީ) ދަނޑި ނުވަތަ ބުރު. މި ބުރު ހަނދު ހުރަސްކުރާ ވަގުތުގައި ނޫނީ ހަނދު ކޭތައެއް އަދި އިރު ކޭތައެއް ނުހިފާނެއެވެ.
ecologist
އިކޮލޮޖިސްޓް. ނ. އިކޮލޮޖީގެ މާހިރެއް.
ecology
އިކޮލޮޖީ. ނ. 1. ދިރޭ ތަކެތި އެކަތި އަނެއް އެއްޗަކާ ހުންނަ ގުޅުމާއި މިތަކެތި ވެއްޓާ ހުންނަ ގުޅުން އަންގައިދޭ ޢިލްމު. 2. އެއް ދިރުން އަނެއް ދިރުމާ އޮންނަ ގުޅުން. ނއ. ecological.
economic
އީކޮނޮމިކް. އެކޮނޮމިކް. ނއ. 1. އިކޮނޮމިކްސް އާ ގުޅޭ. މ. ސަރުކާރުގެ އީކޮނޮމިކް ސިޔާސަތުތައް. 2. ކުރާ ޚަރަދަށް ނުވަތަ މަސައްކަތަށް އެކަށީގެންވާ ބަދަލެއް ނުވަތަ އަގެއް ލިބޭ. މ. އީކޮނޮމިކް ކުއްޔެއް. 3. economics އީކޮނޮމިކްސް. ނ. ތަކެއްޗާއި ޚިދުމަތްތައް އުފެއްދުމާއި ބޭނުންކުރުމާ ބެހޭ ފަންނީ ޢިލްމު. ކަމެއްގެ ފައިސާ އާ ބެހޭ ކަންކަން. އާތިކަ. މ. ދަނޑުވެރިކަމުގެ އީކޮނޮމިކްސް.
economical
އީކޮނޮމިކަލް. ނއ. އިސްރާފު ކުޑަ. ޚަރަދުކުރުމާއި ހޭދަކުރުމާއި ބޭނުންކުރުމުގައި ބެލުންތެރިކަން ބޮޑު. ބޭކާރުކުރުން ކުޑަ. ކއ. economically
economist
އިކޮނޮމިސްޓް. ނ. އިޤްތިޞާދާ ބެހޭ ޢިލްމުގެ މާހިރެއް.
economize
އިކޮނޮމައިޒް. ކ. ޚަރަދުކުރުމުގައި ނުވަތަ ހޭދަކުރުމުގައި ކުރިއަށް ވުރެ ކުޑަކުރުން. މ. ތެޔޮ އިކޮނޮމައިޒް ކުރުން.
economy
އިކޮނޮމީ. އިކޯނޮމީ. ނ. 1. ހޭދަކުރުމުގައި ބަލާ ބެލުން. 2. މިގޮތަށް އިސްރާފުކުޑަކޮށްގެން ކުރާ ކަން. އިސްރާފުކުޑަކޮށްގެން ބާކީކުރުން. 3. މުޖުތަމަޢުއެއްގެ ވަސީލަތްތައް ބޭނުންކޮށްގެން ތަނަވަސްކަން ގެންނަ ނިޒާމު. އިޤްތިޞާދު. 4. ޤައުމެއްގެ މުއްސަނދިކަމުގެ ހާލަތް.
ecru
އެއިކްރޫ. ނ. ވަރަށް މަޑު މުށި ނުވަތަ މަޑު މުށިކުލައިގެ ކުކުޅުބިހުގެ ބޭރުގެ ކުލަ. މިއީ ކީއްތާނި އުއީގެ ޤުދްރަތީ ކުލައެވެ.
ecstasy
އެކްސްޓަސީ. ނ. ވަރަށް ބޮޑަށް އުފާވެރިކަން އިޙްސާސްވާ ޙާލަތެއް. ނއ. އިކްސްޓޭޓިކް. ecstatic. ނއ. ecstatically.
ECT
ކުރުކޮށް އިލެކްޓްރޯކޮންވަލްސިވް ތެރަޕީ. ކަރަންޓުން (އިލެކްޓްރިސިޓީ ބޭނުންކޮށްގެން) ސިކުނޑިއަށް ޝޮކުދީގެން ކުރާ ބޭސްފަރުވާއެއް.
ectoplasm
އެކްޓޯޕްލާޒަމް. ނ. 1. ޖަނަވާރެއްގެ ނުވަތަ ގަހެއްގެ ސެލްއެއްގެ ޕްރޮޓޯޕްލާޒަމްގެ ބޭރު ފަށަލަ. 2. ރޫޙު ގެނެސްގެން ކަންކަން ކުރާ މީހުން ދެކޭ ގޮތުގައި ރޫޙް ދޫކުރާ އެއްޗެއް.
Ecuador
އެކުވެޑޯރ. ނ. ދެކުނު އެމެރިކާގެ ޤައުމެއް. ނއ. Equadorian.
ecumenical
އެކިޔުމެނިކަލް. އީކިޔުމެނިކަލް. ނއ. 1. ވަކި މަޒުހަބެއްގެ ބަދަލުގައި، މުޅި ނަޞާރާދީނަށް ނިސްބަތްވާ. 2. ހުރިހާ ނަޞާރާއިން އެއްބައިވުމަށް މަސައްކަތްކުރާ. މ. ހަރަކާތެއް.
eczema
އެކްސިމާ. ނ. ހަމަށް ޖެހޭ ބައްޔެއް. ކަހާ ހިތްވާ މި ބަލިން، ހަންގަނޑު ރަތްވެ، ތަދުވެ، ފާރުވެއެވެ.
Edam
އީޑޭމް. ނ. ހޮލަންޑް މީހުން ހަދާ ޗީޒެއް. މި ޗީޒު ހުންނަނީ ވަށްކޮށް ބޭރުފުށް ރަތްކޮންނެވެ.
eddy
އެޑީ. ނ. ވަށައިގެން އެނބުރޭ ވައި، ނުވަތަ އޮއި ނުވަތަ ދުންފިނި. —ކ. މިގޮތަށް އެނބުރުން.
edelweiss
އީޑްލްވައިސް. ނ. ފަރުބަދަމަތީ ހެދޭ ހުދުމަލެއް އަޅާ ގަހެއް.
Eden
އީޑްން. ނ. އާދަމްގެފާނާއި ޙައްވާގެފާނު ދުނިޔެއަށް ފޮނުއްވުމުގެ ކުރިން އުޅުއްވި ތަން. ސުވަރުގެ. –ނ. އުފަލުގެ ތަނެއް.
edge
އެޖް. ނ. 1. ތިލައެއްގެ ތޫނު ފަރާތް. 2. އޭގެ ތޫނުކަން. މ. މިތިލައިން އެޖް ގެއްލިއްޖެއެވެ = މިތިލައިގެ މިޔަ ކޮށިވެއްޖެއެވެ. 3. ދެ ސަޠަޙައެއް ގުޅޭއިރު އެ ގުޅޭ ރޮނގު. 4. އެއްޗެއްގެ އަރިމަތި. ކައިރިފަށް. 5. އެއްޗެއްގެ ބޭރު އަރިމަތި. މ. ޖައްގައްޔެއްގެ އެޖް = ޖައްގައްޔެއް ފެށޭ ނުވަތަ ނިމޭ އަރިމަތި. —ކ. 1. އަރިމައްޗެއް، ކައިރިފަށެއް ލުން. 2. ލަސްލަހުން ދިއުން. މ. ވަގު ދޮރާ ކައިރިއަށް އެޖްކުރުން. be on edge ހާސްވެ، ފަސޭހައިން ރުޅިއަންނަ ގޮތް ވެފައި. ދޮންބޮޑުވެފައިވުން. have the edge on އެހެން ފަރާތަކާ އަޅާބަލާއިރު ކޮންމެވެސް ގޮތަކުން ކުރީގައި ވުން. set a person’s teeth on edge ހިތްހަމަ ނުޖެހޭނޭ ކަމެއް ކޮށްގެން މީހަކު ރުޅިއެރުވުން. take the edges off ކޮށިކުރުން ނުވަތަ ދަށް ކުރުން. މިސާލަކަށް ކާހިތް ކެނޑުވުން. ބަނޑުފައިގަތުން ކުޑަކުރުން.
edgeways
އެޖްވޭޒް. ކއ. އަރިމަތި ނުވަތަ ކައިރިފަށް ބޭރަށް. get a word in edgeways ހުއްޓުމެއް ނެތި ދައްކަމުން ދާ ވާހަކައެއްގެ ތެރެއަށް އެހެން މީހެއް އެއްޗެއް ބުނާނެ ތަންވަޅެއް ހޯދުން.
edging
އެޖިން. ނ. އަރިމަތީގައި ނުވަތަ ކައިރިފަށުގައި، ގަދަކުރަން ނުވަތަ ރީތިކުރަން އަޅާ އެތި.
edgy
އެޖީ. ނއ. ހަމަހިމޭންކަން ނެތި ހާސްވެފައި. ފަސޭހައިން ރުޅި އަންނަ ގޮތް ވެފައި.
edible
އެޑިބްލް. ނއ. އެއްޗެއް ކެއުމަށް ބޭނުން ކުރަން އެކަށީގެންވާ. ނ. edibility.
edict
އީޑިކްޓް. ނ. ސަރުކާރުގެ ފަރާތުން ޚާއްޞަކޮށް ނުހައްގުން (އަނިޔާވެރިކަމުން) ކުރާ އަމުރެއް.
edifice
އެޑިފިސް. ނ. ޚާއްޞަކޮށް ފާހަގަކުރެވޭ ގޮތަށް ހުރި، ބޮޑު ޢިމާރާތެއް.
edify
އެޑިފައި. ކ. މީހެއްގެ ފިކުރު ތަނަވަސްކުރާ އަސަރެއް ކުރުވުން. ނ. edification.
Edinburgh
އެޑިންބަރާ. ނ. ސްކޮޓްލަންޓްގެ ވެރިކަން ކުރާ ސަހަރު.
edit
އެޑިޓް. ކ. 1. ލިޔުމެއް ނުވަތަ ފިލްމެއް ފަދަ އުފެއްދުމެއް ހާމަކުރުމަށްޓަކައި އެއަށް އުނިއިތުރު ގެނައުން. 2. ނޫހެއްގެ އެޑިޓަރެއްގެ މަޤާމު ފުރުން. 3. ވަކި މަޤްޞަދަކަށް އަލުން ޢިބާރާތްކުރުން. 4. ކޮމްޕިއުޓަރުން ބަދަލުތައް ގެނައުމަށް (ޕްރޮސަސް ކުރުމަށް) ޑޭޓާ ތައްޔާރުކުރުން.
edition
އެޑިޝަން، އިޑިޝަން. ނ. 1. އެއްޗެއް ޝާއިޢުކުރާ ގޮތް. މިސާލަކަށް އަތްމަތީ ފޮތުގެ އެޑިޝަން އެއް. 2. އެއް އަކުރުތަކަކުން ޝާއިޢުކުރާ ލިޔުމެއްގެ ކޮޕީތައް. 3. އެއްޗެއް އުފެއްދި ޢަދަދު. މ. ހަނދާނީ އެއްޗެއްގެ ގޮތުގައި އެއް ރުފިޔާގެ ލާރި ސިއްކަ ޖެހި ޢަދަދު. އިސްދާރު.
editor
އެޑިޓަރ. ނ. 1. ނޫހެއްގެ ބަޔަކަށް ނުވަތަ ނޫހެއްގައި ހިމެނޭ ލިޔުންތަކަށް ޒިންމާވާ ފަރާތް. 2. ލިޔެފައިވާ ތަކެތި ޝާއިޢުކުރުމަށް އަލުން ބަލާ މީހާ. 3. ސިނަމާގައި ދައްކާ ފިލްމު ނުވަތަ އަޑުގެ ޓޭޕް އެޑިޓް ކުރާ މީހާ.
editorial
އެޑިޓޯރިއަލް. ނއ. އެޑިޓަރަކާ ގުޅޭ. –ނ. ނޫހެއްގައި ޝާއިޢު ކުރާ، ވަކި ކަމަކާ ގުޅޭ ގޮތުން އެޑިޓަރުގެ ޚިޔާލު.
educate
އެޑިޔުކެއިޓް. ކ. ބުއްދިއާއި ޤާބިލްކަން އިތުރުކުރުމަށް ތަމްރީނު ދިނުން. ތަޢުލީމު ދިނުން. ނ. educator.
education
އެޑުކެއިޝަން. ނ. އުނގެނުމާއި އުނގަންނައިދިނުމުގެ ކަމާކެމި، ޚާއްޞަކޮށް މަދަރުސާއެއްގައި. ތަޢުލީމު ދިނުމާއި އުނގެނުން. މިކަމުން ޙާޞިލްވާ ޢިލްމު. ނއ. educational. ނ. educationalist, educationist. ތަޢުލީމު ދިނުމުގެ މާހިރެއް.
Edwardian
އެޑްވޯޑިއަން. ނއ. 1901 އިން 1910 އަށް އިނގިރޭސި ވިލާތުގައި ވެރިކަން ކުރި ރަދުންނަށް ނިސްބަތްވާ. ނ. މި ދުވަސްވަރުގެ މީހެއް.
EEC
ކުރުކޮށް ޔޫރަޕިއަން އީކޮނޮމިކް ކޮމިޔުނިޓީ. ޔޫރަޕިއަން ޔޫނިއަން.
eel
އީލް. ނ. ހަރުފަ ސިފައިގައިވާ މަހެއް. ވެން.
eelworm
އީލްވާރމް. ނ. ގަސްތަކަށް ގެއްލުންދޭ ކުޑަ ފަންޏެއް.
eerie
އީރީ. ނއ. ބިރުވެރިކަމާއި ނޭނގުމުގެ އިޙްސާސް ކުރެވޭ.
eff
އެފް. ކ. ހުތުރުބަހުން ފަކް އޯފް. ފެއްސޭ.
efface
އިފޭސް. ކ. ގާނައިގެން ނުވަތަ އެއްޗެއް އުނގުޅައިގެން ފަދަ ގޮތަކަށް ޤަޞްދުގައި ފުހެލުން، ފިލުވައިލުން. ނ. effacement. efface oneself ފާޅުކަން ކުޑަވާގޮތަކަށް އުޅުން.
effect
އިފެކްޓް. އެފެކްޓް. ނ. 1. ޙަރަކާތެއްގެ ސަބަބުން ނުކުންނަ ނަތީޖާ. ނަތީޖާ. އަސަރު. ތާސީރު. 2. އެއްޗެއް ފެންނަ ނުވަތަ އިވޭ މީހާއަށް ކުރާ އިޙްސާސް. did it only for effect = އެކަން ކުރީ މީހުންނަށް ހަމައެކަނި އަސަރުކުރުވަންށެވެ. 3. ހިންގުމުގެ ޙާލަތު އައުން. މިސާލަކަށް ޤާނޫނެއް އިފެކްޓް އަށް އައުން. —ކ. ވަކި ޙާލަތެއް ގެނައުން، ކަމެއް ހިންގުން. effect a cure ޝިފާއެއް ގެނައުން. (ކަމެއްގެ ގޮތުގައި މި ލަފުޒު ބޭނުންކުރާ ގޮތާއި affect ބޭނުންކުރާގޮތް ތަފާތެވެ.) effects ނ. މުދައު، ސިފަތައް މ. އަމިއްލަ އިފެކްޓްސް، އަމިއްލަ ތަކެތި. އިސްޓޭޖެއްގައި ބޭނުންކުރާ އައްޔާއި އަޑުގެ ސިފަތައް. in effect = ޙަޤީޤަތުގައި. މ. އޭނާ އެ ބުނި ވާހަކައަކީ، އިން އިފެކްޓް، އިންކާރު ކުރުމެކެވެ. take effect އެއްޗެއްގެ އަސަރު ކުރަން ފެށުން. to that effect އެ މާނަ ނުވަތަ ނަތީޖާ ނުކުންނަ ގޮތަށް. with effect from ތަންފީޒުކުރެވޭ ވަޤުތު. ހިންގުމުގެ ޙާލަތު އަންނަ އިރު.
effective
އިފެކްޓިވް. ނއ. 1. އެދޭ ނަތީޖާ ނުކުންނަ. ނަތީޖާ ކާމިޔާބު. 2. ފާހަގަކުރެވޭ އަސަރެއް ކުރާ. 3. ޙަޤީޤީ، އަޞްލު. މ. އިފެކްޓިވް މެންބަރުންގެ ޢަދަދަކީ ފަހެކެވެ. 4. ޤާނުނެއް ގަވާއިދެއް ނަމަ، ތަންފީޒުކުރެވޭ. މ. ޤާނޫނު އިފެކްޓިވް ވަނީ ގެޒެޓް ކުރުމުންނެވެ. ކއ. effectively. ނ. effectiveness.
effectual
އިފެކްޗުއަލް. ނއ. އެދޭ ނަތީޖާ ނުކުތް. ކާމިޔާބު. އޭގެ މަޤްޞަދު ޙާޞިލްވާ، އަސަރު ކުރާ. ކއ. effectually.
effectuate
އިފެކްޗުއޭޓް. ކ. ކަމެއް ކުރުން ނުވަތަ ކަމެއް ވާގޮތް ހެދުން.
effeminate
އިފެމިނޭޓް. ނއ. ފިރިހެނުންނަށް ނިސްބަތްކޮށް، އަންހެން ވަންތަ. އުޅުމާއި ހެދުން އެޅުމުގައި އަންހެންވަންތަކަން ފިރިހެނެއްގެ ކިބައިގައި ހުރި. ނ. effeminacy.
effervesce
އެފަރވެސް. ކ. ކުދި ބޮކިތައް އެރުން. މ. ބައެއް ކަހަލަ ބޭސް ގުޅަ ފެނަށް ލުމުން. ނއ. effervescent. ނ. effervescence.
effete
އިފީޓް. ނއ. އުފެއްދުންތެރިކަން، ހަރަކާތްތެރިކަން ނުވަތަ ބާރު ކުޑަވެފައިވާ. މ. ފަސޭހަ ދިރިއުޅުމެއްގެ ސަބަބުން ބޭފުޅުން ކަންނެތްވެ އިފީޓް ވުން. ނ. effeteness.
efficacious
އެފިކެއިޝަސް. ނއ. އެދޭ، ބޭނުންވާ ނަތީޖާ ނުކުންނަ. މ. ފަރުވާއެއް. ނ. efficacy.
efficient
އިފިޝަންޓް. ނއ. 1. އެއްޗަކަށް ނިސްބަތްކޮށް ނަމަ، ވަގުތު، ތަކެތި ފަދަ ވަސީލަތްތައް އިސްރާފުނުކޮށް މަދުން ބޭނުންކޮށްގެން ބޭނުންވާ ނަތީޖާ ނެރޭ. 2. މީހަކަށް ނިސްބަތްކޮށް ނަމަ، ޤާބިލްކަމާ އެކު، ހަރުދަނާ ކޮށް މަސައްކަތް ރާވާލައިގެން އެދޭ ނަތީޖާ ނެރޭ. ވަރުދާނަ، ސަމަކާރަ. ކއ. efficiently. ނ. efficiency.
effigy
އެފިޖި. ނ. މީހެއްގެ ސޫރައިގައި ހަދައިފައިވާ ބުދެއް. ޚާއްޞަކޮށް މިތަކެތި ބޭނުންކުރަނީ ނުރުހުންތެރިއެއްގެ ސިފައިގައި ހަދައި އެ ރޯކުރުން ފަދަ ކަމެއް ކުރުމަށެވެ.
effluent
އެފްލޫއަންޓް. ނ. ބޭރަށް ފައިބައިގެން ދާއެއްޗެއް. މިސާލަކަށް ހޮޅިއަކުން ނަޖިސް ފެން، ނުވަތަ ކާރުޚާނާއަކުން ހަޑިފެން. ނއ. ބޭރަށް އޮހިގެންދާ.
effort
އެފަރޓް. ނ. 1. ކަމެއް ޙާޞިލްކުރަން ބޭނުންވާ ފިކުރާއި ގައިގެ ހަރަކާތް ނުވަތަ ބާރު ނުވަތަ ހަކަތަ. ވާގި. ބާރު، ހިންމަތް، ހިތްވަރު. 2. ކަމެއް ޙާޞިލްކުރަން ފިކުރާއި ގައިގެ ބާރު ބޭނުންކުރާ ބޭނުންކުރުން. 3. މިފަދަ ފިކުރާއި ގައިގެ ބާރު ބޭނުންކޮށްގެން ނިކުންނަ ނަތީޖާ.
effortless
އެފަޓްލަސް. ނއ. މާބޮޑު ބާރަކާ ނުލައި. ކއ. effortlessly.
effrontery
އިފްރަންޓަރީ. ނ. ލަދެއް ހަޔާތެއް، ގޮތެއް ފޮތެއް ނެތުން.
effusion
އިފިޔުޜަން. ނ. 1. ބަންޑުން ވުން. 2. ހިފެހެއްޓުމެއް ނެތި ޚިޔާލު ނުވަތަ ޝުޢޫރު ބަންޑުންވުން.
effusive
އިފިޔުސިވް. ނއ. ހިފެހެއްޓުމެއް ނެތި ޝުޢޫރުތައް ފާޅުކުރާ. ކއ. effusively، ނ. effusiveness.
e.g.
އީ.ޖީ. ލެޓިން ބަހުން ދިގުކޮށް ކިޔާ exempli gratia. މި ޢިބާރާތުގެ މާނައަކީ މިސާލަކަށް ނުވަތަ މިސާލީ.
egalitarian
އީގަލިޓޭރިއަން. ނއ. ހުރިހާ އެންމެންނަކީ ހަމަހަމަ ބަޔެއްކަމާއި އެންމެންނަށް ހުރިހާ ފުރުޞަތުތަކަކާއި ޙައްޤުތަކެއް ލިބިގެންވާކަމަށް ޤަބޫލުކުރާ. —ނ. މިއުޞޫލު ޤަބޫލުކުރާ މީހެއް.
egg
އެގް. ނ. 1. ކުކުޅު އަޅާ ބޭރުގައި ތޮށި ހުރި ބިސް. 2. ހައިވާނުތަކުގެ އަންހެން ތަކެތި އުފައްދާ ދަރިމައިކުރާ ސެލް. bad egg ނުލަފާ މަކަރުވެރި މީހެއް. egg-cup ކެއްކި ބިސް ލާން ހަދާފައި ހުންނަ ކުޑަ ތައްޓެއް. egg-custard ކުކުޅުބިހުން ހަދާފައި ހުންނަ ކަސްޓަޑް. egg-timer ކުކުޅު ބިސް ކައްކާނޭ ވަގުތު ބަލަން ބޭނުންކުރާ ގަޑިއެއް.
egg
އެގް. ކ. މީހަކު ލައްވާ ކަމެއް އޭނާގެ ނުރުހުމުގައި ކުރުމަށް ބާރުއެޅުން.
egghead
އެގްހެޑް. ނ. ނުރަސްމީ ބަހުރުވައިން ފިކުރު ކުރާ މީހެއް. ޢިލްމީ މީހެއް.
egg-plant
އެގް-ޕްލާންޓް. ނ. ތަރުކާރީގެ ގޮތުގައި ބޭނުންކުރާ ދަނބުކުލައިގެ މޭވާއެއް އަޅާ ގަހެއް. ބަށި ގަސް. 2. ބަށި. މިގަހުގެ މޭވާ.
eggshell
އެގްޝެލް. ނ. ބިހުގެ ތޮށި. ނއ. 1. ތަށިމުއްޓަށް އިޝާރާތްކޮށް، ފަސޭހައިން ތެޅޭ. 2. ދަވާދާ މެދު، ކުޑަ އޮފުކަމެއް ހުންނަ.
eglantine
އެގްލަންޓައިން. ނ. މީރު ވަހެއް ހުންނަ ފިނިފެންމަލު އާއިލާގެ ގަހެއް.
ego
އީގޮއު. އީގޯ. ނ. 1. އަމިއްލަ ނަފުސު. 2. އަމިއްލަ ނަފުސުގެ ޤަދަރު. ބޮޑާކަން. ޚުދު. ego-trip ހަމަ އެކަނި އަމިއްލަ ޝައުޤުވެރިކަމަށްޓަކައި ނުވަތަ ނަފުސުގެ ޢިއްޒަތް މަތިކުރުމުގެ ނިޔަތުގައި ކުރި ކަމެއް.
egocentric
އިގޯސެންޓްރިކް. ނއ. ހަމައެކަނި އަމިއްލަ ނަފުސަށް ރަނގަޅު ގޮތްތައް ވިސްނާ.
egoism
އީގޮއިޒަމް. ނ. ތިމާގެ އަމިއްލަ މަޞްލަޙަތަކީ ހުރިހާ ކަމެއްގެ މަޤްޞަދު ކަމަށް ދެކޭ ދެކުން.
egotism
އިގޮޓިޒަމް. ނ. ތިމާގެ އަމިއްލަ ނަފްސާ ބެހޭ ވާހަކަ ގިނައިން ދައްކާ ދެއްކުން. ބޮޑާކަން، ކިބުރުވެރިކަން. އަމިއްލަ އެދުން. ނ. egotist މިފަދަ މީހެއް. ނއ. egotistic، egotistical.
egregious
އިގްރީޖަސް. ނއ. ބޮޑަށް ފާހަގަ ކުރެވޭ، އާދަޔާ ޚިލާފަށް ނުބައި. މ. ވާހަކަ ދެއްކިއިރު އެހެން ބުނުމަކީ ސިޔާސީ ކުރި އިގްރީޖަސް ކުށެކެވެ.
egress
އީގްރެސް. ނ. ނުކުންނަ މަގު، ނުކުންނަ ނުކުތުން.
egret
އިގްރެޓް. އީގްރިޓް. ނ. ހުދުކުލައިގެ ދިގުފައިލީ ދޫންޏެއް. އިރުވާހުދު.
Egypt
އިޖިޕްޓް. ނ. އެފްރިކާގެ އުތުރު އިރުމަތީގައިވާ ޤައުމެއް. މިސުރު. ނ. ނއ. Egyptian.
Egyptology
އިޖިޕްޓޮލޮޖީ. ނ. އިޖިޕްޓްގެ އާސާރީ ތަކެއްޗާ ބެހޭ ޢިލްމު. Egyptologist ނ. މި ޢިލްމުގެ މާހިރެއް.
eh
އޭ. އޖ. ހައިރާންވެގެން ނުވަތަ އޮޅުންފިލުވާ ދިނުމަށް އެދި ބުނާ ލަފުޒެއް.
eiderdown
އައިޑަރޑައުން. ނ. ދޫނި ފަތް ލާފައިވާ ގައިމަތީ އަޅާ ރަޖާގަނޑެއް. އަސްދޫނިގެ މިފަދަ ފަތްތައް.
eight
އެއިޓް. ނ. ނއ. 1. ހަތަކަށް ވުރެ އެކަތި ގިނަ. 8، އަށެއް. 2. އަށް މީހުން ފަލިޖަހާ އުޅަނދެއް ނުވަތަ އެފަދަ އުޅަނދެއްގެ ފަޅުވެރިން. have had one over the eight. ކުޑަކޮށް ޢަމަލުވެފައިވުން.
eighteen
އެއިޓީން. ނ. ނއ. ސަތާރައަށް ވުރެ އެކަތި ގިނަ. 18، އަށާރަ. ނއ. eighteenth އަށާރަވަނަ.
eighth
އެއިތް. ނ. ނއ. 1 ހަތްވަނަ އާ ޖެހިގެން މައްޗަށް އޮންނަ ވަނަ. 2. އެއްޗެއް އަށް ބައިކޮށް އެއި ބައެއް. ކއ. eightly.
eightsome
އެއިތްސަމް. ނއ. އަށް މީހުންނަށް ވާ ނުވަތަ އެ އަދަދުގެ މީހުން ބައިވެރިވާ އެއްޗެއް، މ. ކާމޭޒެއް.
eighty
އެއިޓީ. ނ. ނއ. އައްޑިހަ، 80، އާހި. ނ. ނއ. eightieth. ނ. eighties އާހިތަކުގައި ގުޅޭ އަހަރުތައް ނުވަތަ ހޫނުމިން ބަލާ ދަރަޖަތައް.
Eire
އެއަރ. ނ. އައިރިޝް ބަހުން އަޔަރލަންޑް އަށް ކިޔާ ނަން. މި ނަން ކިޔަނީ ރިޕަބްލިކް އޮފް އަޔަރލަންޑް އާއި އުތުރު އަޔަރލަންޑް ވަކިން ފާހަގަ ކުރުމަށެވެ.
eisteddfod
އައިސްޓެތްވޮޑް. ނ. ވޭލްސް ގައި އަހަރަކު އެއް ފަހަރު، ޝާޢިރުންނާއި މޫސީގާރުން ބާއްވާ މުބާރާތެއް.
either
އައިދަރ. އީދަރ. ނއ. ޕނ. 1. ދެ އެތިން އެކަތި. މ. either of you can go ދެމީހުންގެ ތެރެއިން އެކަކަށް ދެވިދާނެ. 2. ދެ އެތިން ކޮންމެ އެއްޗެއް. މ. there are fields on either side of the road މަގުގެ ދެ ފަރާތުން ކޮންމެ ފަރާތެއްގައި ވެސް (ދެ ފަރާތުގައި ވެސް) ދަނޑު ވެއެވެ. –either ކޖ. ކއ. 1. ދެގޮތުން ކުރެ އެއްގޮތެއް. މ. either mad or drunk އަމަލުވެފައި ނުވަތަ މޮޔަވެފައި. 2. ކުރިއެކޭ އެއްގޮތަށް، އަނެއް އެއްޗަކާ އެއްފަދަ. މ. this lid doesn’t fit either މި މަތިގަނޑު ވެސް ބާރެއް ނޫނެވެ.
ejaculate
އިޖެކިޔުލޭޓް. ކ. 1. ކުއްލިއަކަށް ކުރުކޮށް އެއްޗެއް ބުނުން. 2. ހަށިގަނޑުން ކުއްލިއަކަށް އެއްޗެއް ނުކުތުން. މ. މަނި. ނ. ejaculation.
eject
އިޖެކްޓް. ކ. 1. ބާރަށް އެއްޗެއް ނުކުތުން ނުވަތަ ނެރުން. މ. ބަނޑިއަކުން އުއްޑައެއްގެ ތޮށިގަނޑު އިޖެކްޓް ވުން. 2. ނެރެލުން، ގަދަކަމުން ބޭރުކޮށްލުން. ވަކިވެގެން ދިއުމަށް މަޖުބޫރުކުރުވުން. ނ. ejection، ejectment، ejector. ejector seat ކުއްލި ޙާލަތެއްގައި ހަނގުރާމަ މަތީ މަތިންދާ ބޯޓަކުން، ޕައިލޮޓް މައްޗަށް އަރައިގެންދާ ގޮތަށް ހަދާފައި ހުންނަ ގޮނޑި.
eke
އީކް. ކ. 1. އެއްޗެއް މަދުން ބޭނުންކޮށްގެން އެ ގިނަ ދުވަހު ގެންގުޅެވޭ ގޮތް ހެދުން. މ. ރޭ ހުރި ބަތް މިއަދުގެ ނާސްތާއަށް އީކް އައުޓް ކުރުން. 2. ބޮޑު މަސައްކަތަކުން ކަމެއް ޙާޞިލްކުރުން. މ. ދިރިއުޅުން.
elaborate
އިލެބޮރޭޓް. ނއ. ގިނަ ތަފްޞީލުތައް ނުވަތަ ސާމާނު ހިމެނޭ. ތަފްޞީލީ. އެތައް ބައިތަކަކުން ހިމެނިގެންވާ، މުރައްކަބު. މ. އިލެބޮރޭޓް ބައްޓަންތަކެއް. ކއ. elaborately.
elapse
އިލެޕްސް. ކ. (ވަގުތު) ފަހަނައަޅައި ދިއުން.
elastic
އިލާސްޓިކް. ނއ. 1. ދަމާލުމަށް ފަހު ދޫކޮށްލުމުން ކުރިން އޮތް ސިފައަށް ރުޖޫޢަވާ. މ. އިލާސްޓިކް ރަބަރު. 2. ފަސޭހައިން ބަދަލުކޮށްލެވޭ، ހަރުކަށި ނޫން. ފަހެލި. މ. އިލާސްޓިކް ޤަވާޢިދުތަކެއް. —ނ. އެތެރެއަށް ރަބަރު ލައިގެން ދެމޭގޮތަށް ހަދައިފައި ހުންނަ ނަނު ނުވަތަ ފީތާ. ނ. elasticity.
elasticated
އިލާސްޓިކޭޓިޑް. ނއ. އިލާސްޓިކް ރޮނދި ލައްވައިގެން ރޫޖެހި ދެމޭގޮތަށް ހަދާފައިވާ. މ. ހެދުމެއްގެ އަތްކުރި.
elated
އިލެއިޓިޑް. ނއ. ކަމެއް ޙާޞިލްވުމުން ނުވަތަ ވުމުން ވަރަށް ބޮޑަށް އުފާވެ، ޖޯޝް އައިސްފައިވާ.
elbow
އެލްބޯ. ނ. 1. އަތްދަނޑިއާއި މުލައްދަނޑިއާ ދެމެދުގައިވާ ހުޅު. އުނޅަބޮށި.މި ހުޅުގެ ބޭރު ފަރާތް. 2. ހެދުމެއްގެ މި ތަން ފޮރުވޭ ބައި. 3. ހޮޅިއެއް ފަދަ އެއްޗެއްގައި މިސްރާބު ކުއްލިއަކަށް ބަދަލުވާ ގުދު. —ކ. އުޅަނބޮށިން ފިއްތުން. elbow grease ގަދަ މަސައްކަތް. ބޮޑަށް ކުރެވޭ އޮފުއެރުވުން. elbow room މަސައްކަތްކޮށް އުޅޭވޭހާ ޖާގަ.
elder
އެލްޑަރ. ނއ. އެހެން އެއްޗަކާ އަޅާ ބަލާއިރު ދޮށި. މ. އެލްޑަރ ބްރަދަރ. ތިމާއަށް ވުރެ ދޮށީ ބޭބެ. —ނ. 1. ދުވަސްވެފައިވާ މީހުން. 2. ބައެއް ފައްޅިތަކުގައި ގެންގުޅޭ މަޤާމެއް ފުރާ ބައެއް. elder statesman މުޖުތަމަޢު އެއްގައި ނުފޫޒު ގަދަ، ގިނަ ތަޖުރިބާތަކާ އެކު މުސްކުޅިވެފައިވާ ސިޔާސީ މީހެއް.
elder
އެލްޑަރ. ނ. ހުދު މައު އަޅާ ކަޅު މޭވާއެއް އަންނަ ގަހެއް. elderberry މި ގަހުގައި އަޅާ މޭވާ.
elderly
އެލްޑަރލީ. ނއ. މެދު ޢުމުރު ފަހަނަ އަޅައި ދުވަސްވެފައިވާ.
eldest
އެލްޑަސްޓް. ނއ. އެންމެ ދޮށީ. ފުރަތަމަ ވިހޭ. މ. ފުރަތަމަ ފިރިހެން ދަރިފުޅު eldest son.
eldorado
އެލްޑޮރާޑޯ. ނ. ވަރަށް ބޮޑު މުއްސަނދިކަމެއްވާ ޚިޔާލީ ޤައުމެއް.
elect
އިލެކްޓް. ކ. 1. ވޯޓުލައިގެން އިންތިޚާބު ކުރުން. 2. ވަކި ގޮތެއް ކަނޑައެޅުން، ޚިޔާރުކުރުން. މ. އޭނާ އިލެކްޓް ކުރީ މުދިމަކަށް ވާށެވެ. —ނއ. ހޮވިފައިވާ، އިންތިޚާބު ވެފައިވާ، ނަމަވެސް ރަސްމީކޮށް ހަވާލު ނުވާ. މ. ޗެއަރމަން އިލެކް އަކީ އަދި ރިޔާސަތާ ހަވާލުނުވާ ނަމަވެސް އިންތިޚާބު ކުރެވިފައިވާ ރައީސް އެވެ.
election
އިލެކްޝަން. ނ. 1. ޚިޔާރުކުރުން، ވަކިން ޚާއްޞަކޮށް އިންތިޚާބަކުން ޚިޔާރުކުރުން. 2. އިންތިޚާބަކުން މެންބަރުން ހޮވުން، ޚާއްޞަކޮށް، ރައްޔިތުންގެ މަޖިލިހަށް މެންބަރުން ހޮވުން.
electioneering
އިލެކްޝަނިއަރިން. ނ. އިންތިޚާބެއް ކާމިޔާބުކުރުމަށް މީހަކު އަވަދިނެތި އުޅޭ އުޅުން.
elective
އިލެކްޓިވް. ނއ. 1. އިންތިޚާބަކުން ޢައްޔަނުކުރާ މ. މަޤާމެއް. 2. އިންތިޚާބެއް ބޭއްވުމުގެ ބާރު ލިބިގެންވާ. މ. ޖަމާޢަތެއް.
elector
އިލެކްޓަރ. ނ. އިލެކްޝަނެއްގައި (އިންތިޚާބެއްގައި) ވޯޓު ދިނުމުގެ ޙައްޤު އޮތް ފަރާތެއް. ނއ. އިލެކްޓޯރަލް. electoral. މި ފަރާތްތަކާ ގުޅޭ.
electorate
އިލެކްޓޮރޭޓް. ނ. ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ އެންމެން.
electric
އިލެކްޓްރިކް. ނއ. 1. އިލެކްޓްރިސިޓީ އުފައްދާ ނުވަތަ ބޭނުންކުރާ. 2. އިލެކްޓްރިކް އާ ބެހޭ. 3. ކުއްލިއަކަށް ޖޯޝު އާއި ފޯރި އުފައްދާ. މ. އިލެކްޓްރިކް ޚަބަރެއް ލިބުން. electric chair ކަރަންޓު ދީގެން މީހުން މަރަން ގެންގުޅޭ ގޮނޑިއެއް. electric eel ކަރަންޓު އުފައްދާ ވެނެއް. electric guitar މައިކެއް ހަރުކޮށްފައި ހުންނަ ގިޓައެއް. electric hare ކުއްތާ ރޭސް ޖަހާ އިރު، ކަރަންޓުން ދުއްވާފައި ގެންދާ މުސަޅެއް. electrics ޢިމާރާތެއްގައި އިލެކްޓްރިކް ލުމަށް ހަރުކުރާ ސާމާނުތައް. electric shock މީހަކު ނުވަތަ ޖަނަވާރެއް އިލެކްޓްރިކްގައި ޖެހުމުން ކުއްލިއަކަށް މަސްތައް ކުރުވެ އަންނަ ސިހުން. electric storm ވިލާތަކުގައި އިލެކްޓްރިކް ޗާޖު ގިނަވެގެން ވިދުމާއެކު ޖައްވަން އަންނަ ހަލަބޮލިކަން.
electrical
އިލެކްޓްރިކަލް. ނއ. އިލެކްޓްރިސިޓީ އާ ބެހޭ. މ. އިލެކްޓްރިކަލް އެންޖިނިއަރިން. 2. ޖޯޝާއި ފޯރި އަންނަ. ކއ. electrically.
electrician
އިލެކްޓްރިޝަން. ނ. އިލެކްޓްރިސިޓީ އާ ބެހޭ އަދި އިލެކްޓްރިކް ސާމާނުގެ މަސައްކަތް ކުރާ މީހެއް.
electricity
އިލެކްޓްރިސިޓީ. އެލެކްޓްރިސިޓީ. ނ. 1. ޒައްރުތައް ޗާރޖްވެގެން އުފެދޭ ހަކަތައިގެ ބާވަތެއް. މީގެ ދެ ބާވަތެއް ހުރެއެވެ. އެއީ މަޢުދަނުން ދަތުރުކުރާ ބާވަތަކާއި މަޢުދަން ނޫން ފަދަ ތަކެތީގައި ހުންނަ ބާވަތެކެވެ. 2. ދިއްލުމަށާއި އެހެން ބޭނުންތަކަށް ފޯރުކޮށްދެވޭ މި ހަކަތަ. ބިޖިލީ. ކަހަރުބާން. ވިދުލިބަލަ. ވިދުންފާނު. ރުގުންބާރު.
electrify
އިލެކްޓްރިފައި. ކ. 1. އިލެކްޓްރިސިޓީ ދީގެން ޗާރޖުކުރުން. ޢިމާރާތެއް ފަދަ ތަނަކަށް އިލެކްޓްރިސިޓީ ދިނުން. 2. ރޭލު ފަދަ އެއްޗެއް އިލެކްޓްރިސިޓީއިން މަސައްކަތް ކުރާގޮތް ހެދުން. 3. ސިއްސުވާލުން ނުވަތަ ކުއްލި ޖޯޝެއް ގެނައުން. ނ. electrification.
electrocardiogram
އިލެކްޓްރޯކާޑިއޯގްރާމް. ނ. ވިންދު ޖެހުމުން އުފައްދާ އިލެކްޓްރިސިޓީ ރެކޯޑުކޮށްފައިވާ ކަރުދާހެއް.
electrocardiograph
އިލެކްޓްރޯކާޑިއޯގްރާފް. ނ. ހިތުގެ ވިންދު ޖެހުމުން އުފެދޭ އިލެކްޓްރިސިޓީ ފާހަގަކޮށް ރެކޯޑް ކުރާ މެޝިނެއް.
Electroconvulsive therapy
އިލެކްޓްރޯކޮންވަލްސިވް ތެރަޕީ. ނ. ސިކުނޑީގެ ބަލިތަކަށް ކަރަންޓް ފޮނުވައިގެން ދޭ ބޭސްފަރުވާއެއް. މިކަމުގެ ސަބަބުން ހަށިގަނޑުގެ މަސްތައް އަމިއްލަ ބާރެއް ނެތި ޙަރަކާތް ކުރެއެވެ.
electrocute
އިލެކްޓްރޮކިޔުޓް. ކ. ހަށިގަނޑުގެ ތެރެއިން ކަރަންޓު ދަތުރުކުރުވައިގެން މަރާލުން ނުވަތަ މަރުވުން. ކަރަންޓުގައި ޖައްސައިގެން މަރާލުން. ނ. electrocution.
electrode
އިލެކްޓްރޯޑް. ނ. އެއްޗެއްގެ ތެރެއަށް ކަރަންޓު ވަދެ ނުކުމެވާ ގޮށް ނުވަތަ މެއްކު ނުވަތަ އެތި.
electroencephalogram
އިލެކްޓްރޯއެންސެފެލޯގްރާމް. ނ. ސިކުނޑިން އުފައްދާ އިލެކްޓްރިކް ކަރަންޓު ފާހަގަކޮށް ރެކޯޑުކޮށްފައިވާ ކުރެހުން ނުވަތަ ރޫ (ތަޞްޥީރު).
electroencephalograph
އިލެކްޓްރޯއެންސެފެލޯގްރާފް. ނ. ސިކުނޑިން އުފައްދާ އިލެކްޓްރިކް ކަރަންޓު ފާހަގަކޮށް ރެކޯޑުކުރާ އާލަތެއް.
electrolysis
އިލެކްޓްރޯލަސިސް. ނ. 1. އިލެކްޓްރިކް ކަރަންޓުން ދިޔައަކަށް ބަދަލެއް ގެނައުން. 2. ކަރަންޓު ބޭނުންކޮށްގެން، އިސްތަށިބުޑު، މުލިހި، ގޮޑި ފަދަ އެއްޗެއް ހަލާކުކޮށްލުން.
electrolyte
އިލެކްޓްރޮލައިޓް. ނ. ކަރަންޓު އެއިގެ ތެރެއިން ދަތުރުކުރާ ދިޔަ، ނުވަތަ މިފަދަ އެހެން އެއްޗެއް. މިފަދަ އެއްޗެތި ކަރަންޓު ދަތުރުކުރުމުން، އެ ދިޔަ ކެމިކަލް ބައިތަކަށް ބައިވެގެން ދެއެވެ. ނއ. electrolytic.
electromagnet
އިލެކްޓްރޯމެގްނެޓް. ނ. އޭގެ ވަށައިގެން ކަރަންޓު ދަތުރުކުރާ ނަރު އޮޅުމުން ދަގަތްފާނަށްވާ ތަކެތި. މިތަކެތި ގިނަ ފަހަރު ހަދައިފައި ހުންނަނީ ދަގަނޑުންނެވެ.
electromagnetic
އިލެކްޓްރޯމެގްނެޓިކް. ނއ. ދަގަތްފާނާއި އިލެކްޓްރިކް ގެ ސިފަ ހުންނަ. މ. ރާޅު. ކއ. electromagnetically.
electromotive
އިލެކްޓްރޯމޯޓިވް. ނއ. ކަރަންޓު އުފައްދާ.
electron
އިލެކްޓްރޯން. ނ. ނެގެޓިވް ޗާޖެއް ހުންނަ ޒައްރެއްގައި (އެޓަމް އެއްގައި) ހިމެނޭ ވަރަށް ކުޑަ ފުކެއް. electron microscope އަލީގެ ބަދަލުގައި އިލެކްޓްރޯން ދޯދި ބޭނުންކޮށްގެން ކުދި އެއްޗެތި ބޮޑުކޮށްގެން ބަލާ މައިކްރޮސްކޯޕެއް.
electronic
އިލެކްޓްރޮނިކް. ނއ. 1. އިލެކްޓްރޯން ދަތުރުކުރުމުން މަސައްކަތް ކުރާ. މ. ރޭޑިއޯ ބޮކި. 2. އިލެކްޓްރޮނިކްސް އާ ބެހޭ. މ. އިލެކްޓްރޮނިކް އެންޖިނިއަރިން. ކއ. electronically. electronics— ނ. އިލެކްޓްރޮނިކް ސާމާނު އުފައްދައި ކަންކަމުގައި ބޭނުންކުރުން. މ. ޓްރާންސިސްޓަރު، ރޭޑިއޯ ބޮކި، ކޮމްޕިއުޓަރު. އިލެކްޓްރޮނިކް ސާކިޓްތައް.
electroplate
އިލެކްޓްރޯޕްލޭޓް. ކ. އިލެކްޓްރޯލިސިސް ބޭނުންކޮށްގެން، އެއްޗެއް ކޮންމެވެސް މަޢުދަނަކުން ގިރިޓީ ކުރުން. —ނ. މިގޮތަށް ގިރިޓީ ކޮށްފައިވާ އެއްޗެއް.
elegant
އެލިގަންޓް. އެލެގަންޓް. ނއ. ފެންނަ ފެނުމުގައި ނުވަތަ އުޅުމުގައި ހިތްގައިމުވެފައި މޫރިތި. ބަނިޔާދަން. ފޭޑި ނުވަތަ ސްޓައިލް ހިތްގައިމު. ލޮލަށް ފިނިކަންދޭ. ކއ. elegantly. ނ. elegance.
elegy
އެލަޖީ. އެލަޖީ. ނ. މަރުވި މީހެއްގެ ހަނދާނުގައި ނުވަތަ މާޒީގައި ވެފައިވާ ކަމަކާ ގުޅޭ ހިތާމަވެރި ޅެން.
element
އެލިމަންޓް. އެލަމަންޓް. ނ. 1. އެއްޗެއްގެ ބައެއް. 2. އޭގެ ކެމިކަލް ގޮތްތައް ބަދަލުނުކޮށް އެއަށް ވުރެ ދޭސީ ނުކުރެވޭ ދުނިޔޭގައި ހުންނަ ސަތޭކައަށް ވުރެ ގިނަ ބާވަތުގެ އުންސުރު. 3. އެއްޗަކާ ގުޅޭ ވެށި. މ. މަހުގެ އެލިމަންޓަކީ ފެނެވެ. 4. ކުޑަ މިންވަރެއް ހިމެނޭ. މ. އޭނާ ދެއްކި ވާހަކައިގައި އެލިމަންޓެއްގެ ތެދު ހިމެނެއެވެ. 5. އިލެކްޓްރިކް އުނދުން ފަދަ އެއްޗެތީގެ ހޫނުވާ ނަރު. ނއ. elemental. elements ޖައްވުގައި ހިމެނޭ ބާރުތައް މ. ފެން، ވައި. (ޖޯލި އެހެރީ އެލިމަންޓްތަކަށް ހުށަހެޅިފައެވެ.) މާއްދާއެއްގެ އަސާސީ އުޞޫލްތައް.
elementary
އެލިމެންޓަރީ. އެލަމެންޓަރީ. ނއ. އަސާސީ. ކަމެއްގެ ނުވަތަ އެއްޗެއްގެ އެންމެ ފުރަތަމަ، ސާދާ، ދޭސީ ކަންކަމާ ގުޅޭ. އިބްތިދާއީ. elementary particle ޒައްރެއްގެ ތެރޭގައި ހިމެނޭ، ކުދި ނުކުރެވޭ އެންމެ ކުޑަ އެތިކޮޅު. ޒައްރެއްގައި އެކި ބާވަތުގެ މިފަދަ އެތިކޮޅުތައް ވެއެވެ.
elephant
އެލިފަންޓް. އެލަފަންޓް. ނ. ބިންމަތީގައި އުޅޭ ވަރަށް ބޮޑު ހޮނޑެއްލާފައިވާ ކަންފަތްބޮޑު ޖަނަވާރެއް. އެތް. elephant’s ear ބަގީޗާގެ ގޮތުގައި ހައްދާ އަލަފަތްގޮތަށް ފަތް ހުންނަ ގަހެއް.
elephantiasis
އެލިފެންޓިއާސިސް. ނ. ދުނިޔޭގެ ހޫނު ސަރަޙައްދުގައި އުޅޭ ބައްޔެއް. މި ބަލި ޖެހުމުން ހަންގަނޑު ބޯވެ، ފައި ފަދަ ބައެއް ތަންތަން ފަލަވެއެވެ. ފައިފަލަވާ ބަލި.
elephantine
އެލިފެންޓައިން. ނއ. 1. އެތެއްގެ ނުވަތަ އެތަކާ ވައްތަރު. 2. ވަރަށް ބޮޑުވެފައި ހަރަކާތްތައް އޮމާން ނޫން.
elevate
އެލިވޭޓް. ކ. 1. އެއްޗެއް މައްޗަށް ނެގުން ނުވަތަ އުފުއްލުން. 2. އެއްޗެއް ނުވަތަ މީހެއް ކުރިއަށް ވުރެ ރަނގަޅު ޙާލަތަކަށް ބަދަލުކުރުން. މ. މަޤާމެއް އެލިވޭޓް ކުރުން. ރަށެއް ސިޓީއަކަށް އެލިވޭޓް ކުރުން. 3. މީހެއް ކުރިއަށް ވުރެ ފިކުރީ ނުވަތަ އަޚްލާޤީ ގޮތުން އުސް ދަރަޖައަކަށް ގެންދިއުން.
elevation
އެލިވޭޝަން. ނ. 1. އުފުއްލާ. 2. ކަނޑުން ފެށިގެން އެއްޗެއްގެ އުސްމިން. 3. އެއްޗެއް ހުރި ދިމާލާއި ރަހަ އާ ދެމެދު ހުންނަ ޒާވިޔާ ނުވަތަ އޭންގްލް. 4. ބިމުން އުސްވެފައިވާ ތަންގަނޑެއް. 5. ތަނެއްގެ އަރިމަތި ފެންނަ ކުރެހުން. މ. ގެއެއްގެ.
elevator
އެލިވޭޓަރ. ނ. އެއްޗެއް އުފުއްލާ ނުވަތަ މައްޗަށް ނަގާ އާލަތެއް. ލިފްޓް.
eleven
އިލެވަން. ނ. ނއ. ދިހައަކަށް ވުރެ އެކެއް ގިނަ. އެގާރަ. 2. ފުޓުބޯޅަ ނުވަތަ ކްރިކެޓް ފަދަ ކުޅިވަރެއްގައި 11 މީހުންގެ ޓީމެއް. 11-plus ޢުމުރުން ގާތްގަޑަކަށް އެގާރަ އަހަރުގައި، ސެކަންޑަރީ ސްކޫލަށް ވަނުމުގެ ކުރިން ދަރިވަރުން ހަދާ އިމްތިޙާނެއް. elevenses ހެނދުނު 11 ޖަހާއިރު ކައިއުޅޭ ކުޑަ ކެއުމެއް.
eleventh
އިލެވަންތް. ނ. 1. އެގާރަ ވަނަ. 2. އެއްޗެއް އެގާރަބައިކޮށްފައި އެއިން ބައެއް. at the eleventh hour ކަމެއް ކުރަން އޮންނަ އެންމެ ފަހު ވަގުތުގައި.
elf
އެލްފް. ނ. ޖާދުވީ ބާރުތަކެއް ލިބިފައިވާ ޚިޔާލީ ދިރުން ހުންނަ ކުޑަ ޖިންނި ފަދަ އެއްޗެއް. ނއ. elfin, elfish.
elicit
އިލިސިޓް. ކ. މީހެއްގެ ނުވަތަ ޖަނަވާރެއްގެ ކިބައިން ނުވަތަ ތަނެއް (މ. މުއައްސަސާއެއް) ގެ ކިބައިން ބަހެއް ނުވަތަ އިޖާބައެއް ހޯދުން.
eligible
އެލިޖިބްލް. ނއ. 1. ޝަރުޠުހަމަވާ، މިންގަނޑުތަކަށް ފެތޭ. ލާއިޤް، ގާބިލު. 2. ކަމަކަށް (މ. ކައިވެންޏަކަށް) ފުރިހަމަ ނުވަތަ އެކަށީގެންވާ. ކުފޫހަމަވާ. –ނ. eligibility.
eliminate
އިލިމިނެއިޓް. ކ. އެއްޗެއް ނުވަތަ މީހެއް ކަމަކުން ބާކީކޮށްލުން ނުވަތަ ގެންދިއުން. 2. ބޭނުން ނުވާ އެއްޗެއް ގެއްލުވާލުން، ދޫކޮށްލުން. ނ. eliminator, elimination.
elision
އިލިޜަން. ނ. ލަފުޒެއް ކިޔާއިރު ބައެއް އަކުރުތައް ނުކިޔުން. މ. އައި އޭމް (I am) ކިޔުމުގެ ބަދަލުގައި އައިމް ކިޔުން.
elite
އެލީޓް. ނ. 1. ކޮންމެވެސް ގޮތަކުން މަތިކަމަށް ބަލައި އެހެންކަމުން ޚާއްޞަވާ ޖަމާޢަތެއްގެ މީހުން. 2. ޓައިޕް އަކުރުގައި އިންޗިއެއްގައި 12 އަކުރު ހުންނަ އަކުރު. elitist ބަޔަކު ޚާއްޞަވެގެން އެމީހުންނަށް ޚާއްޞަ އިމްތިޔާޒުތަކެއް ދިނުމަށް އެދޭ ނުވަތަ އެކަމަށް ދަޢުވާ ކުރާ މީހާ. ނ. elitism.
elixir
އިލިކްސަރ. ނ. 1. ބޭހަށާއި ރަހަ ލެއްވުމަށް ބޭނުންކުރާ މީރުވަސްދުވާ ދިޔައެއް. 2. ހުރިހާ ބަލިތަކެއް ރަނގަޅުވާ ކަމަށް ބުނާ ބޭހެއް.
Elizabethan
އިލިޒަބީތަން. ނއ. ކްއީން އެލިޒަބަތް I ގެ ރާނީކަމުގެ ދުވަސްވަރަށް ނިސްބަތްވާ (1558 – 1603). ނ.– އެ ދުވަސްވަރުގެ މީހެއް.
elk
އެލްކް. ނ. އުތުރު އެމެރިކާ ގައި ދިރިއުޅޭ ބޮޑު ދަޅުފީނި ފުއްލާއެއް. އެހެން ޤައުމުތަކުގައި އުޅޭ މިފަދަ ދަޅުފީނި ފުއްލާ.
ellipse
އިލިޕްސް. ނ. ދެކޮޅު ހަމައަށް އޮންނަ ކުކުޅު ބިސް ބުރުގެ ބައްޓަން. މިފަދަ ބައްޓަން އެއްވަރު ހަތަރު ފަޅިއަށް ފަޅާލެވޭނެއެވެ.
ellipsis
އިލިޕްސިސް. ނ. ބައެއް ލަފުޒުތައް ނުހިމަނައި ޖުމުލައިން ފުރިހަމަ މާނަ ދޭހަވުން. ލަފުޒު ދޫކޮށްލާފައިވާ އެންގުމަށް ލިޔާ ރަމްޒު ކަމަށްވާ ތިން ތިކި …
elliptical
އިލިޕްޓިކަލް. ނއ. 1. އިލިޕްސްގެ ބައްޓަމާ ވައްތަރު. 2. އިލިޕްސިސް އެއް ހިމެނޭ (މ. ޖުމުލައެއް). ކއ. elliptically.
elm
އެލްމް. ނ. ފިނިމޫސުމުގައި ފަތްތައް ފައިބާ ބޮޑު ގަހެއް، މި ގަހުގެ ލަކުޑި.
elocution
އެލޮކިއުޝަން. ނ. މީހަކު ވާހަކަ ދައްކާ ސްޓައިލް ނުވަތަ ފޭޑި، ސިފަކުރެވޭގޮތަށް ވާހަކަ ދެއްކުމުގެ ފަންނު.
elongate
އިލޮންގެއިޓް. އީލޮންގެޓް. ކ. އެއްޗެއް ދިގުކުރުން (ގިނަ ފަހަރު މިގޮތަށް ހެދުމުން އެ ހިމަވާނެއެވެ.). ލަސްކުރުން. ނ. elongation.
elope
އިލޯޕް. ކ. ލޯބިވެރިއަކާ އެކު ވަގަށް ފިލުން (މިކަން ކުރަނީ ބޭރު ޤައުމުތަކުގައި ކައިވެނިކުރުމަށެވެ.). ނ. elopement.
eloquence
އެލޮކްވެންސް. ނ. އަސަރުކުރާގޮތަށް ފަސޭހަކަމާއެކު ވާހަކަ ދެއްކުން. ދޫފަރިތަކަން. ބަލާޣަތްތެރިކަން، ފަޞާޙަތްތެރިކަން. ނއ. eloquentދޫފަރިތަ، ބަލާޣަތްތެރި. ކއ. eloquently.
El Salvador
އެލް ސެލްވަޑޯރ. ނ. މެދުތެރޭ އެމެރިކާ ބައްރުގެ ޤައުމެއް.
else
އެލްސް. ކއ. 1. އިތުރަށް، އެހެން. 2. ނުވަތަ، ނޫންނަމަ.
elsewhere
އެލްސްވެއަރ. ކއ. ކޮންމެވެސް އެހެން ތަނަކު.
elucidate
އިލޫސިޑެއިޓް. ކ. (މައްސަލައެއް، ކަމެއް) ސާފުކޮށްދިނުން. އަލި އަޅުވާލުން. ބަޔާން ކުރުން، ޞަރީޙަ ކުރުން. ނ. elucidation.
elude
އިލޫޑް. ކ. 1. ފިކުރާއެކު ރެކުން. ރައްކާވުން. ސަލާމަތްވެގަތުން (މ. ފާރަލަމުންދާ ބައެއްގެ ފަރާތުން). 2. މީހެއްގެ ފިކުރުން ނުވަތަ ހަނދާނުން ފިލުން. ނ. elusion.
elusive
އިލޫސިވް. ނއ. 1. ފިލާ، ރައްކާވާ. 2. މީހެއްގެ ހަނދާނުން ނުވަތަ ފިކުރުން ފިލާ. ނ. elusivenss.
elver
އެލްވަރ. ނ. ކުޑަ ވެނެއް.
‘em
އެމް. ކުރުކޮށް ދެމް them، ނަމުގެ ބަދަލުގައި ބޭނުންކުރާ ލަފުޒެއް.
emaciated
އިމޭސިއޭޓިޑް. ނއ. ބަނޑަށް ޖެހުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން، އަނަރޫފަވެފައިވާ. ނ. emaciation.
emanate
އެމަނޭޓް. ކ. އެއްޗަކުން ނުކުތުން، ފާޅުވުން. މ. ބަދިގެއިން މީރު ވަސް އެމެނޭޓްވުން. ނ. emanation.
emancipate
އިމެންސިޕޭޓް. ކ. އަޅުވެތިކަމުން ނުވަތަ އެހެންވެސް ޤައިދަކުން މިނިވަންވުން. ނ. emancipation, emancipator.
emasculate
އިމެސްކިޔުލޭޓް. ކ. އެއްޗަކުން ބާރު ނެގުން. މ. ޤާނޫނަކުން. ބަދަލުތަކެއް ގެނެސްގެން އެއްޗެއްގެ ބާރު ކުޑަކުރުން. ނ. emasculation.
embalm
އިމްބާމް. ކ. ކެމިކަލް ބޭނުންކޮށްގެން މަރުވެފައިވާ އެއްޗެއް ކުނިނުވާގޮތް ހެދުން.
embankment
އިމްބޭންކްމަންޓް. ނ. ވެލި ނުވަތަ ގައު ފުންޏަކަށް ޖަހައި ކޯރެއް ބަންޑުންވިޔަ ނުދިނުމަށް ހަދާ ފާރެއް. ޖިސްރު. ވެލިން ނުވަތަ ގަލުން، ރޭލެއް ފަދަ އެއްޗެއް ދަތުރުކުރުމަށް އުސްކޮށް ހަދާ ބާޑިއެއް.
embargo
އިމްބާރގޯ. ނ. ވިޔަފާރި ނުވަތަ އެހެންވެސް ކަމެއް މަނާކުރުމަށް ނެރޭ އަމުރެއް.
embark
އިމްބާކް. ކ. 1. ފުރުމަށްޓަކައި އުޅަނދަކަށް އެރުން. 2. ކަމެއް ފަށައިގަތުން. ނ. embarkation.
embarrass
އެމްބަރާސް. ކ. މީހަކު ލަދުގަންނަ، ނުތަނަވަސްވާ، ފިކުރުބޮޑުވާ ގޮތް ހެދުން. ނ. embarrassment.
embassy
އެމްބަސީ. ނ. 1. ބޭރު ޤައުމެއްގައި އެހެން ޤައުމެއް ތަމްސީލުކުރާ ފަރާތްތައް. 2. އެބައިމީހުންގެ ރަސްމީ އޮފީސް. 3. ސަފީރު، ސަފާރާ.
embattled
އިމްބެޓްލްޑް. ނއ. 1. ގިނަ ތުރާތަކެއް ދިމާވެފައިވާ. 2. ހަނގުރާމައަކަށް ތައްޔާރުވެފައިވާ. 3. ދިފާއުކުރުމަށް ތައްޔާރުވެފައިވާ.
embed
އިމްބެޑް. ކ. އެއްޗެއް އޭގެ ވަށައިގެންވާ އެތީގައި ނުގުޑާނެހެން ހަރުކުރުން.
embellish
އިމްބެލިޝް. ކ. 1. ރީތކުރުން، ޒީނަތްތެރިކުރުން. ޖަރީކުރުން. 2 . ވާހަކަ ފަދަ އެއްޗެކަށް (ޙަޤީޤަތް ނޫންކަމަށް ވިއަސް) ބައިތައް އެއްކޮށްގެން ފޫހިފިލާގޮތް ހެދުން. ނ. embellishment.
Ember days
އެމްބަރޑޭޒް. ނ. ބައެއް ފައްޅިތަކުގައި ކޮންމެ މޫސުމަކު ތިން ދުވަހު ރޯދަ ހިފާ މުއްދަތެއް.
embers
އެމްބާޒް. ނ. އަލިފާން ހުންނަ ރަތް ދެލި.
embezzle
އިމްބެޒްލް. ކ. އަމާނާތެއްގެ ގޮތުގައި ޙަވާލުކުރެވޭ ތަކެތީން އަމިއްލަ ބޭނުންކުރުން. ނ. embezzler, embezzlement.
embitter
އިމްބިޓަރ. ކ. ގިނަ ދުވަސްތަކެއް ވަންދެން މީހަކު ރުޅި އަރާގޮތް ހެދުން ނުވަތަ ރުޅިވެރި ޝުޢޫރުތައް އުފެއްދުން.
emblazon
އިމްބްލޭޒަން. ކ. އެކި ސިއްކަ، ނިޝާން ފަދަ ތަކެތި ބޭނުންކޮށްގެން ނުވަތަ އެހެން ވެސް ގޮތަކުން ޒީނަތްތެރިކުރުން.
emblem
އެމްބްލެމް. ނ. އެއްޗެއް ރަމްޒުކުރުމަށް ބޭނުންކުރާ ޝިޢާރެއް، ކުރެހުމެއް، ނިޝާނެއް. މ. ރަސްކަމުގެ އެމްބްލެމް އަކީ ތާޖެވެ.
emblematic
އެމްބްލިމެޓިކް. ނއ. ނިޝާނަކަށްވާ. ރަމްޒީ.
embody
އިމްބޮޑީ. ކ. 1. އެއްޗެއްގެ ބައެއްގެ ގޮތުގައި ހިމެނުން. 2. ޚިޔާލެއް ނުވަތަ ސިފައެއް ފުރިހަމައަށް ތަމްސީލުކުރުން. މ. ކުޅިވަރު ދަނޑުގައި ކުޅުންތެރިޔާ ހަމަހަމަކަން އިމްބޮޑީ ކުރިއެވެ. ނ. embodiment.
embolden
އިމްބޮޑީ. ކ. 1. ކުރިއަށް ވުރެ ކެރޭ، ޖެހިލުންކުޑަވާގޮތް ހެދުން. 2. އަކުރުތަކެއް ފެވުން.
embolism
އެމްބޮލިޒަމް. ނ. ގަނޑު ލޭކޮޅެއް ނުވަތަ ވައި ބޮތްކެއްގެ ސަބަބުން ނުވަތަ އެހެންވެސް ގޮތަކުން ލޭނާރެއް ވާ ބަންދު.
emboss
އިމްބޯސް، އިމްބޮސް. ކ. އުފުލިފައި ހުންނަ ގޮތަށް ޒީނަތްތެރިކުރުން. މ. ލިޔެފައި ހުންނަ ލިޔުމެއް.
embrace
އިމްބްރެއިސް. ކ. 1. ކަމެއް ޝައުޤުވެރިކަމާއެކު ބަލައިގަތުން، ޤަބޫލުކުރުން (މ. ދީނެއް، ފުރުޞަތެއް) 2. ލޯބިން ބެއްދުން. ބަޣަލްކީރުކުރުން. 3. ހިމެނުން. —ނ. ބެއްދުމެއް ނުވަތަ ކަމެއް ނުވަތަ އެއްޗެއް ޝައުގާއެކު ބަލައިގަތުން.
embrasure
އިމްބްރެއިސަރ. ނ. ފާރެއް ނުވަތަ ބިތަކުން ބޭރަށް ފުޅާވާ ގޮތަށް ދޮރެއް ނުވަތަ ބަޑިއެއް ބެހެއްޓުމަށް ހަދައިފައިވާ ތަން.
embrocation
އެމްބްރޮކެއިޝަން. ނ. ގައިގެ ތަދު ނުވަތަ ލަކެއް ފިލުވުމަށް އުނގުޅާ ދިޔަ.
embroider
އިމްބްރޮއިޑަރ. ކ. 1. ތިނޯހުން ފޮތި ނުވަތަ ހެދުމުގައި އެކި ބައްޓަންތައް ޖަހައިގެން ޒީނަތްތެރިކުރުން. 2. ވާހަކައަކަށް ”ފޮނިތޮށި ކާފޫރު ތޮޅި އަޅައިގެން“ ރީތިކުރުން. ނ. embroidery ތިނޯހުގެ މަސައްކަތް، ތިނޯހު މަސައްކަތުން ރީތިކޮށްފައިވާ ފޮތިގަނޑެއް ނުވަތަ އެހެން އެއްޗެއް.
embroil
އިމްބްރޮއިލް. ކ. މީހަކު އަރައިރުމެއްގެ ތެރެއަށް ނުވަތަ ދަތިތަކެއްގެ ތެރެއަށް ވެއްދުން ނުވަތަ ވަނުން.
embryo
އެމްބްރިއޯ. ނ. 1. ރަޙިމުގައިވާ އަށް ހަފުތާ ނުވާ ކުޑަކުއްޖެއް. ބިހުން ނުކުތުމުގެ ކުރިން ނުވަތަ ވިހެއުމުގެ ކުރިން، ޖަނަވާރެއްގެ ބޮޑުވަމުންދާ ޅައެތި. 2. އޮށެއްގައިވާ ޅަ ގަސް. 3. ޅަފަތުގައިވާ ކޮންމެވެސް އެއްޗެއް ނުވަތަ ކަމެއް. in embryo ބޮޑު ނުވާ، ތަރައްޤީ ނުވާ، ނަމަވެސް ދިރުން ހުރި.
embryonic
އެމްބްރިއޯނިކް. ނއ. އެމްބްރިއޯ (މަތި ބަލާ) ގައި ހިމެނޭ.
emend
އިމެންޑް. ކ. ލިޔެފައިވާ އެއްޗެއްގައި ހިމެނޭ ކުށްތައް ރަނގަޅުކުރުން. އިޞްލާޙު ކުރުން. ކުށް ފިލުވުން. ނ. އީމެންޑޭޝަން. emendation.
emerald
އެމެރަލްޑް. ނ. 1. އޭގެ ތެރެއިން އަލި ދަތުރުކުރާ، ޖަވާހިރެއްގެ ގޮތުގައި ބޭނުންކުރާ ފެހި ހިލަކޮޅެއް. ޒަމަރަދު. 2. މީގެ ކުލަ.
emerge
އިމާރޖް. ކ. 1. އެއްޗެއްގެ ތެރެއިން ނުވަތަ ފަހަތުން ނުކުމެ ހާމަވުން. 2. ތަހުލީލަކުން، ތަޙުޤީޤަކުން ކަމެއް ކަޝްފުވުން (މ. ޚިޔާލެއް، ޙަޤީޤަތެއް). ނ. emergence، ނއ. emergent.
emergency
އިމަރޖެންސީ. ނ. ވަގުތުން އަޅާ ނުލައިފިނަމަ، ދެރަ ކަންތައްތަކެއް ވެދާނެ ނުވަތަ އެކްސިޑެންޓެއް ފަދަ ނުރައްކާތެރި އަދި ސީރިއަސް ޙާލަތެއް. ސިންގަޅައިން ހަދިސި.
emery
އެމެރި. ނ. ލަކުޑި، މަޢުދަން ފަދަ އެއްޗެތި އޮމާންކުރުމަށް ގެންގުޅޭ ރާޅު ކުނޑިއެއް. އެމެރި-ޕެއިޕަރ emery paper މި ތަކެތި ކަރުދާހުގައި ތަތްކޮށްގެން ހަދަފައި ހުންނަ ހިލަ ކަރުދާސް.
emetic
އިމެޓިކް. ނ. ހޮޑުލައްވަން ބޭނުންކުރާ ބޭސް.
emigrate
އެމިގްރެއިޓް. ކ. އެހެން ޤައުމެއްގައި ދިރިއުޅުމަށް އަމިއްލަ ޤައުމު ދޫކޮށް ދިއުން. ހިޖުރަކުރުން. ނ. emigration.
eminence
އެމިނަންސް. 1. ކީރިތިވެގެންވުން، މަތިވެރިވެގެން ވުން. މ. ބޮޑު އެމިނަންސް އެއް ލިބިގެންވާ ޑޮކްޓަރެއް. 2. އުސް ފަސްގަނޑެއް. 3. ފައްޅީގެ މަތީ މަޤާމެއްގެ ލަޤަބެއް.
eminent
އެމިނަންޓް. ނއ. 1. މަޝްހޫރު. މަތިވެރި. 2. ފާހަގަވާ، އެހެން މީހުންނަށް ތަކެއްޗަށް ވުރެ މޮޅުކަމަށް ނުވަތަ އެހެންވެސް ގޮތަކުން ފުރިހަމަ. މ. އެމިނަންޓް ރަނގަޅު ކަމެއް ހުރި މީހެއް. ކއ. eminently.
emir
އެމިއަރ. ނ. މުސްލިމް ޤައުމުތަކުގެ ވެރިންގެ ލަގަބެއް. އެމިރޭޓް. Emirate ނ. އެމިއަރ އެއްގެ ވެރިކަން ހިނގާ ސަރަޙައްދު.
emissary
އެމިސަރީ. ނ. މަޝްވަރާތަކެއްގައި ބައިވެރިވުމަށް އެއް ޤައުމުން އަނެއް ޤައުމަށް ނުވަތަ އެއް ސިޔާސީ ފަރާތުން އެހެން ފަރާތަކަށް ފޮނުވާ މަންދޫބު.
emit
އިމިޓް. ކ. 1. ބޭރަށް ފޮނުވުން، ނުކުތުން. މ. ބޮކިން އަލި، އަލިފާން ފަރުބަދައިން ދިޔާ ހިލަ، އުނދުނުން ހޫނު. 2. އެއްޗެއް ބުނުން. ނ. emission.
emollient
އިމޮލިއަންޓް. ނއ. ހަންގަނޑު މަޑުކޮށް ތަދުކަނޑުވާ. —ނ. މިފަދަ ދިޔައެއް ނުވަތަ ކްރީމް އެއް. މ. ކާށިތެޔޮ، ޒައިތޫނި ތެޔޮ، މާމުއި.
emolument
އިމަލިއޮމަންޓް. ނ. ކުރާ މަސައްކަތެއްގެ އުޖޫރަ. މުސާރަ. މަސައްކަތުގެ އަގު.
emotion
އިމޯޝަން. ނ. ތޫނު ޝުޢޫރެއް މ. ރުޅި ނުވަތަ ލޯބި. ޖަޒުބާތު.
emotional
އިމޯޝަނަލް. ނއ. 1. އިމޯޝަންއާ ގުޅޭ. ޖަޒުބާތީ، ޢާޠިފީ. 2. މާބޮޑަށް ޝުޢޫރުތައް ފާޅުކުރާ. ކއ. emotionally.
emotive
އިމޯޓިވް. ނއ. ޖަޒުބާތު އުފައްދާ. ޝުޢޫރުތައް ކެކިގެން އަރާ.
empanel
އިމްޕެނަލް. ކ. ޖޫރީ ޚިދުމަތަށް ލިސްޓުގައި ހިމެނުން ނުވަތަ ޢައްޔަނުކުރުން.
empathy
އެމްޕަތީ. ނ. އެހެން މީހެއްގެ ޝުޢޫރުތަކާއި ފިކުރުތަކުގެ ތެރެއަށް ވަދެ، އެކަން އަމިއްލައަށް އިޙްސާސްކުރެވި، އެކަންކަން ދެނެގަތުމުގެ ޤާބިލްކަން. ނއ. empathic.
emperor
އެމްޕަރަރ. ނ. ކިސްރާ. ޝަހެންޝާހު. އެހެން ރަސްކަންތަކެއް ހިމެނޭ ބޮޑުވެރިކަމެއްގެ ފިރިހެން ވެރިޔާ.
emphasis
އެމްފަސިސް. ނ. 1. އެއްޗަކަށް ދޭ ޚާއްޞަކަން ނުވަތަ އިސްކަން. 2. ތާކީދުކުރުން. ބުނާ ބަހެއް ގަދަކުރުން. 3. ލަފުޒެއް ބުނުމުގައި ބާރުލާ އަކުރުތަކާއި ފިލިތައް.
emphasize
އެމްފަސައިޒް. ކ. އެއްޗަކަށް ނުވަތަ ކަމަކަށް އެމްފަސިސް ދިނުން.
emphatic
އެމްފެޓިކް. ނއ. އެމްފަސިސް ބޭނުންކުރާ ނުވަތަ ހާމަވާ. މ. ވާހަކަ ދެއްކުމުގައި. ކއ. emphatically.
emphysema
އެމްފިސީމާ. ނ. ފުއްޕާމޭ އަށް ޖެހޭ ބައްޔެއް. މި ބަލީގެ ސަބަބުން ފުއްޕާމޭގެ ހަންތަކުގެ ފަހެލިކަން ގެއްލި ނޭވާލާން އުނދަގޫ ވެއެވެ.
empire
އެމްޕަޔަރ. ނ. 1. އެތައް ޤައުމެއް ހިމެނޭ ގުރޫޕެއްގެ ވެރިކަން ހިންގާ ފަރާތް ނުވަތަ ސަރުކާރު ނުވަތަ ޤައުމު. 2. އެންމެ މަތީ ސިޔާސީ ބާރު. 3. އެކަކު ނުވަތަ އެއް ކުންފުންޏަކުން ހިންގާ ތަފާތު ވިޔަފާރިތައް. empire-building އެހެން ޤައުމުތަކަށް އަރައިގަނެ ފަޠަޙަކޮށްގެން، ވެރިކަން ކުރާ ސަރަޙައްދު ބޮޑުކުރުން.
empirical
އިމްޕިރިކަލް. ނއ. ފެނުމާއި ތަޖުރިބާ އާއި ތަހުލީލުތަކުގެ މައްޗަށް ބިނާކޮށް (ނަޒަރިއްޔާ ނުވަތަ ޚިޔާލަށް ފެންނަ އެއްޗަކަށް ބިނާނުކޮށް).
emplacement
އިމްޕްލޭސްމަންޓް. ނ. ބަޑި ފަދަ ހަނގުރާމައިގެ ތަކެތި ބަހައްޓަން ތައްޔާރުކޮށްފައިވާ ތަނެއް.
employ
އިމްޕްލޮއި. ކ. 1. މަސައްކަތެއް ދިނުން، މީހެއްގެ ޚިދުމަތެއް ބޭނުންކުރުން. ވަޒީފާއެއްގައި ގެންގުޅުން. 2. އެއްޗެއްގެ ބޭނުން ހިފުން. މ. ކަލޭ ހުސް ވަގުތު އިމްޕްލޮއި ކުރަނީ ކޮންގޮތަކަށް؟ —ނ. in the employ of ވަކި މީހެއް ނުވަތަ ތަނެއްގެ ވަޒީފާއެއްގައި.
employable
އިމްޕްލޮއިއަބްލް. ނއ. ހުނަރު ނުވަތަ ޤާބިލްކަމުން ވަޒީފާއެއްގައި ގެންގުޅެވޭ ނުވަތަ ހޯދޭ ފަދަ.
employee
އިމްޕްލޮޔީ. ނ. މުސާރަ ލިބޭގޮތަށް އެހެން މީހެއްގެ ވަޒީފާގައި ގެންގުޅޭ މީހެއް. ވަޒީފާގައި އުޅޭ މީހާ. ނޯކަރު.
employer
އިމްޕްލޯޔަރ. ނ. މީހުން ވަޒީފާގައި ގެންގުޅޭ މީހެއް ނުވަތަ މުއައްސަސާއެއް. ވަޒީފާދޭ ފަރާތް.
employment
އިމްޕްލޮއިމަންޓް. ނ. 1. ވަޒީފާއެއްގައި ވުން. 2. މުސާރަލިބޭގޮތަށް ތަނެއްގައި އުޅޭ އުޅުން. 3. އާމްދަނީ އެއް ހޯދުމަށް ކުރާ މަސައްކަތް. ވަޒީފާ. ނޯކިރީ.
emporium
އިމްޕޯރިއަމް. ނ. 1. އެކި ބާވަތުގެ ތަކެތި ވިއްކާ ނުވަތަ ވަކި ބާވަތެއްގެ ތަކެތި ވިއްކާ ބޮޑު ފިހާރައެއް. 2. ވިޔަފާރި މަރުކަޒެއް.
empower
އިމްޕަވަރ. ކ. 1. މީހަކަށް ކަމެއް ކުރުމުގެ އިޚްތިޔާރު ނުވަތަ ބާރު ދިނުން.
empress
އެމްޕްރެސް. ނ. ބޮޑު ސަރަޙައްދަކަށް ނުވަތަ އެތައް ރަސްކަމަކަށް ވެރިކަން ހިންގާ ފަރާތެއް (ޝަހެންޝާހު) ގެ އަނބި ނުވަތަ އަންހެން އެފަދަ ފަރާތެއް.
empty
އެމްޕްޓީ. ނއ. 1. ހުސް. އެތެރޭގައި އެއްވެސް އެއްޗެއް ނުވާ. ހޮއި. 2. މީހަކު ނުވާ. މ. އެމްޕްޓީ ގޮނޑިއެއް، އެމްޕްޓީ މަގެއް. 3. ނަތީޖާއެއް ނުނުކުންނަ. މ. އެމްޕްޓީ ވަޢުދު. 4. ފުރިހަމަ ބުއްދި ނުވަތަ ވިސްނުން ނުވާ. މ. އެމްޕްޓީ ބޮލެއް. 5. ނުރަސްމީ ބަހުރުވައިން ބަނޑުފައިގެންފައި. —empty ކ. 1. ހުސްކުރުން ނުވަތަ ހުސްވުން. 2. އެއްޗެއް އެހެން އެއްޗަކަށް އެޅުން. ކއ. emptily، ނ. emptiness. empties ތަކެތި ހުސްކޮށްފައިވާ ފުޅި، ފޮށި، މުދައު ހުސްކޮށްފައިވާ އޮޑި ފަދަ ތަކެތި. empty-handed ނ. އެއްވެސް އެއްޗެއް ނުގެންނަ ނުވަތަ ނުގެންދާ. empty-headed ފުރިހަމަ ވިސްނުމެއް ނުވާ.
emu
އީމިއު. ނ. އޮސްޓްރޭލިއާގައި އުޅޭ ނުއުދުހެވޭ އާދަޔާ ޚިލާފު ބޮޑު ދޫންޏެއް.
emulate
އެމިޔުލޭޓް. ކ. އެހެން މީހަކާ އެއް ފެންވަރަށް ނުވަތަ އެއަށް ވުރެ މޮޅަށް ކަންކުރާ. ކޮޕީކުރުން، ތަޤްލީދު ކުރުން. ނ. emulator, emulation.
emulsify
އިމަލްސިފައި. ކ. ޢާއްމުކޮށް އެކުނުވާ ދެ ދިޔައެއް އެއްކުރުން. އިމަލްޝަން އެއް ހެދުން. މިކަން ކުރަނީ އިތުރު އެއްޗެއް އަޅައިގެން ވަރަށް ކުދި ތިކިތަކަކަށް އެކައްޗެއް ބަދަލުކޮށްގެންނެވެ. މިސާލަކީ ތެލާއި ފެން އެއްކުރުމަށް ކުޑަ ސައިބޯނިކޮޅެއް ލުމެވެ.
emulsion
އިމަލްޝަން. ނ. 1. ފެނާއި ތެޔޮ ނުވަތަ ސަރުބީ އެކައްޗެއް ފަދައިން އެކުވެފައިވާ ކުކުޅު ބިސް ކުލައިގެ ދިޔަ. 2. މިގޮތަށް އެކުނުވާ ދެ އެއްޗެއް އެއްކޮށްފައިވާ ބޭސް ނުވަތަ ދަވާދު. 3. ޖެލަޓީން އާއި ރިހި ހިމެނޭ ކެމިކަލެއް ލައިގެން ފޮޓޯ ނެގަޓިވްގައި ލާފައިހުންނަ ފަށަލަ.
enable
އިނެއިބްލް. ކ. ކަމެއް ވާގޮތް ހެދުން. މީހަކަށް ކަމެއް ވާގޮތް/ކުރެވޭގޮތް ހަދައިދިނުން. މީހަކަށް ކަމެއް ކުރުމުގެ ބާރު ނުވަތަ އިޚްތިޔާރު ދިނުން.
enact
އިނެކްޓް. ކ. 1. ޤާނޫނެއް ނުވަތަ ޤަރާރެއް ނެރުން/ފާސްކުރުން. 2. ތަމްސީލެއް ފަދަ އެއްޗެއް ކުޅުން. އެކްޓް ކުރުން. enactment ފާސްކޮށްފައިވާ ޤާނޫނެއް.
enamel
އިނޭމަލް. ނ. 1. ދަގަނޑާއި ތަށިމުށިން ހަދާ ތަކެތީގެ ބޭރުގައިލާ ބިއްލޫރި ފަދަ ފަށަލައެއް. 2. ހަރުކޮށް އޮފުއަރާގޮތަށް ހިކޭ ދަވާދު. 3. ދަތްތަކުގެ ބޭރު ހަރު ތޮށި. —ކ. އިނޭމަލް ވަށައިގެން ލުން. ނުވަތަ މިގޮތަށް އިނޭމަލް ލައިގެން އެއްޗެއް ރީތިކުރުން.
enamoured
އިނެމާރޑް. ނއ. އެއްޗަކަށް ވަރަށް ބޮޑަށް ލޯބިޖެހުން ނުވަތަ އެއްޗެއް ވަރަށް ބޮޑަށް ހިތްގައިމުވުން.
en bloc
އާންބްލޮކް. އެކަތިގަނޑެއްގެ ގޮތުގައި. އެންމެން އެއް ފަހަރާ.
encamp
އިންކޭމްޕް. ކ. ކޭމްޕެއްގައި ހަމަޖެހިލުން. އިންކޭމްޕްމަންޓް (ތިރިބަލާ) އެއް ޖެހުން ނުވަތަ އޭގައި ބައިވެރިވުން.
encampment
އިންކޭމްޕްމަންޓް. ނ. ފޭލިގެޖަހައިވާ ތަނެއް. ކޭމްޕެއް.
encase
އިންކެއިސް. ކ. މީހެއް ނުވަތަ އެއްޗެއް ފޮރުވެންދެން ތޮއްޓެއް ބޭރުގައި ލުން. މ. ގުޅަހަދަނީ މަސްކޮޅެއް ފުށުން އިންކޭސް ކޮށްގެންނެވެ.
enchant
އިންޗާންޓް. ކ. 1. ޖާދުލެއް، ސިހުރެއް ފަދަ އެއްޗެއްގައި ޖެއްސުން. 2. ވަރަށް ބޮޑު އުފާވެރިކަމެއް އައުން. މ. އޭނާގެ ނެށުމުން ބަލަންތިބި މީހުން އިންޗާންޓް ވިއެވެ. ނ. enchantment، enchanter، enchantress = ޖާދޫގައި ޖައްސާ އަންހެން ކާހިނު.
encircle
އިންސާރކްލް. ކ. ވަށައިލުން. ނ. encirclement.
enclave
އެންކްލެއިވް. ނ. އެހެން ޤައުމެއް ނުވަތަ ސަރަޙައްދެއް ވަށާލެވިގެންވާ ބިމެއް ނުވަތަ ގަބީލާއެއް.
enclose
އިންކްލައުޒް. ކ. 1. ފާރެއް ފުޅަފެއް ވަށައިގެން ލުން. ވަށައިގެން ބަންދުކުރުން. 2. އެއްޗެއްގެ ތެރެއަށް ލުން. ސިޓީއަކާއެކު އެއްޗެއް އުރައަކަށް ލުން. ޕާރުސަލަކަށް އެއްޗެއް ލުން. މ. ފޯމާއެކު ވަނަވަރު އިންކްލައުޒް ކުރާށެވެ. ނއ. enclosed (ދީނީ ޖަމާޢަތަކާ މެދު) އެހެން މީހުންނާ އެކަހެރިވެގެން ވަކިން އުޅޭ.
enclosure
އިންކްލައުޒަރ. ނ. 1. ވަށައިގެން ފުޅަށްޖަހައި ނުވަތަ ފާރުލާފައިވާ، ބަންދުކޮށްފައިވާ ތަނެއް ނުވަތަ ސަރަޙައްދެއް. 2. ސިޓީއެއްފަދަ އެއްޗަކާ އެކު ބަންދުކޮށްފައިވާ އެއްޗެއް. މިގޮތަށް ބަންދުކުރުމުގެ ޢަމަލު.
encode
އިންކޮއުޑް. ކ. 1. ލިޔުމެއް ފަދަ އެއްޗެއް ސިއްރުން ފޮނުވުމަށްޓަކައި ވަކި ރަމްޒަކަށް ބަދަލުކުރުން. 2. ކޮމްޕިއުޓަރުން ކަމެއް ކުރުމަށްޓަކައި މަޢުލޫމާތެއް، ވަކި ރަމްޒަކަށް ބަދަލުކުރުން. ނ. encoder.
encomium
އިންކޮއުމިއަމް. ނ. މީހަކަށް ނުވަތަ އެއްޗަކަށް ވަރަށް ބޮޑަށް ސަނާކިޔާފައިވާ ލިޔުމެއް ނުވަތަ ވާހަކަ ދެއްކުމެއް. މަދަޙަ.
encompass
އިންކަމްޕަސް. ކ. 1. ތަފާތު ބާވަތުގެ އެއްޗެތި ހިމެނުން. 2. ވަށައިލުން.
encore
އޮންކޮރ. ކުއްލިގޮވާލުމެއް. ތަމްސީލެއް ލަވައެއް ފަދަ އެއްޗެއް ނިމުމުން މީހުން އެއާ މެދު ހިތްހަމަޖެހިގެން އަލުން ތަކުރާރުކުރުމަށް ގޮވާލާ ގޮވާލުމެއް. —ނ. 1. މިގޮވާލުން. 2. ގޮވާލުމާ ވިދިގެން ހުށަހަޅާ ހުށަހެޅުން. —ކ. ތަކުރާރުކުރުމަށް ގޮވާލުން.
encounter
އިންކައުންޓަރ. ކ. 1. އިއްތިފާގުން ވާ ބައްދަލުވުމެއް. މީހަކާ ދިމާވުން. 2. ކަމަކާ ކުރިމަތިވުން. މ. ދަތިތަކާ އިންކައުންޓަރ ވުން. 3. ހަނގުރާމައިގައި ބައްދަލުވުން. —encounter ނ. 1. ޜެވުމެއް ނެތި ބައްދަލުވާ ބައްދަލުވުމެއް. 2. ހަނގުރާމައިގެ ބައްދަލުވުމެއް، މުލާޤާތު.
encourage
އިންކަރިޖް. ކ. 1. މީހަކަށް އުއްމީދާއި ޔަޤީންކަން ދިނުން. މީހަކު ލައްވާ ކަމެއް ކުރުވަން ބާރުއެޅުން. ކަމެއް ވުމާ ގާތްވާގޮތަށް ކަމެއް ކުރުން. ހިތްވަރުދިނުން. 2. ކަމެއް ކުރުމަށް ގަދައަށް ބާރު އެޅުން. 3. ކަމެއް ކުރިއެރުވުމަށް ބާރަކަށް ނުވަތަ ހިތްވަރަކަށްވުން މ. ޤާނޫނުން ދަނޑުހެއްދުމަށް އިންކަރިޖް ކުރެވޭނެއެވެ. ނ. encouragement.
encroach
އިންކްރޯޗް. ކ. 1. މީހެއްގެ ސަރަޙައްދަކަށް، ވަގުތަށް، ޙައްޤުތަކަށް އަދި މި ނޫނަސް މިފަދަ އެއްޗަކަށް އަރައިގަތުން. 2. ކުރިން ކަނޑައަޅާފައިވާ އިމަށް ވުރެ ބޭރަށް ދިއުން. ނ. encroachment.
encrust
އެންކްރަސްޓް، އިންކްރަސްޓް. ކ. ހަރު އެއްޗަކުން ތޮއްޓެއް އެހެން އެއްޗެއްގެ ވަށައިގެންލުން. 2. އެސް ޖަހައިގެން ނުވަތަ އެހެން ވެސް ގޮތަކަށް އެއްޗެއް ޖަރީކުރުން. ނ. encrustation.
encumber
އިންކަމްބަރ. ކ. މީހަކު ކަމެއް ކުރުމަށް ދަތިވާގޮތް ހެދުން، ހުރަސް އެޅުން، ބަރެއް އެލުވައިގެން ނުވަތަ އެހެން ވެސް ގޮތަކަށް ޙަރަކާތް ކުރުން މަޑުކުރުވުން. ނ. encumbrance ކަމެއް ކުރުމަށް ދަތިވާ އެއްޗެއް. ދަރަނީގެ އިންކަމްބްރަންސް އިން އޭނާ މިންޖުވެގެން ވެއެވެ.
encyclical
އެންސިކްލިކަލް. ނ. ނަޞޯރާއިންގެ ޕޯޕު ގިނަ ބަޔަކަށް ފޮނުވަން ލިޔާ ސިޓީއެއް.
encyclopaedia
އިންސައިކްލޮޕީޑިއާ. ނ. ހުރިހާ ދާއިރާއެއްގެ ޢިލްމީ މަޢުލޫމާތު ހިމެނޭ ފޮތެއް ނުވަތަ ފޮތް ބައެއް. މިފަދަ ފޮތް ބައެއްގައި މަޢުލޫމާތު ހުންނާނީ އަކުރުތަކުގެ ތަރުތީބުންނެވެ. އެންމެ ދާއިރާއެއްގެ ހުރިހާ ބަޔަކަށް ވެސް މިފަދަ ފޮތް ލިޔެފައި ހުރެއެވެ.
encyclopaedic
އިންސައިކްލޮޕީޑިކް. ނއ. އެތައް ދާއިރާއަކަށް ލިޔެފައިވާ މަޢުލޫމާތު ހިމެނޭ ނުވަތަ އެފަދަ މަޢުލޫމާތު ހުރި. އެންމެ ދާއިރާއެއްގެ ހުރިހާ މަޢުލޫމާތު ހުރި.
end
އެންޑް. ނ. 1. އެއްޗެއްގެ އެންމެ ދުރު ހިސާބު ނުވަތަ ޙައްދު ނުވަތަ ކޮޅު. 2. މި ޙައްދު ހިމެނޭ ސަރަޙައްދު ނުވަތަ ބައި. 3. މީހަކަށް ކެތް ކުރެވޭނެ އެންމެ މަތީ ފެންވަރު. 4. ކުޅިވަރު ކޯޓެއްގައި އެއް ޓީމަށް ލިބިގެންވާ ބައި. 5. އެއްޗެއްގެ ނިމުން. 6. މަރުވުން، ހަލާކުވެ ފަނާވެ ދިއުން. ނެތި ދިއުން. 7. މަޤްޞަދު މ. އޭނާ މަސައްކަތް ކުރީ އޭނާގެ އެންޑް އަށެވެ. —ކ. end 1. ނިންމާލުން. 2. ނިމުމަކަށް އައުން. ފަހު މަންޒިލަށް އާދެވުން. end it all އަމިއްލައަށް މަރުވުން. end on އެހެން އެއްޗެއްގެ ކޮޅާއި ކޮޅު ޖައްސައި. end product އެއްޗެއް އުފައްދާއިރު ނިމޭއިރު އޮންނަ އެތި. keep one’s end up ދަތިތަކާއެކު ވެސް ތިމާއާ ޙަވާލުވެފައިވާ ޒިންމާ އަދާކުރުން. make ends meet މީހެއްގެ ޚަރަދު އާމްދަނީ އާ އެއް ފެންވަރަކަށް ބެހެއްޓުން. no end ވަރަށް ބޮޑަށް. ނިމުމެއް ނެތް ގޮތެއްގައި. no end of ބައިވަރު (ނުރަސްމީ ބަހުރުވައިން). put an end to އުވާލުން، ހުއްޓާލުން، ނިންމާލުން، ހަލާކުކޮށްލުން.
endanger
އިންޑެއިންޖަރ. ކ. ނުރައްކާތެރިކަމެއް މީހަކަށް ނުވަތަ އެއްޗަކަށް ކުރިމަތިކުރުވުން.
endear
އިންޑިއަރ. ކ. ލޯބި ދޭގޮތް ހެދުން. މީހެއްގެ ރުހުމާއި ލޯބި ލިބޭގޮތް ހެދުން. ނއ. endearing ލޯބި ޖައްސާ. ރުހޭގޮތްވާ.
endearment
އިންޑިއަރމަންޓް. ނ. ލޯބިވާކަން ހާމަކުރަން ބޭނުންކުރާ ލަފުޒު ނުވަތަ ޢިބާރާތް.
endeavour
އިންޑެވަރ. އެންޑެވަރ. ކ. ހިންމަތް ކުރުން. ކަމެއް ކުރުމަށް މަސައްކަތް ކުރުން. —ނ. މިފަދަ ހިންމަތެއް.
endemic
އެންޑެމިކް. ނއ. ވަކި ސަރަޙައްދެއްގައި ނުވަތަ ވަކި ބައެއްގެ މެދުގައި ވަރަށް ޢާއްމު. މ. އިހު ޒަމާނުގައި ހުވަދޫގައި ފައިފަލަ ބަލި އެންޑެމިކް އެވެ.
ending
އެންޑިން. ނ. އެންމެ ފަހު ބައި. ނިމޭބައި.
endive
އެންޑައިވް. ނ. ނުކައްކާ ކެއުމަށް ބޭނުންކުރާ ރޫޖެހިފައި ހުންނަ ފަތެއް. އެމެރިކާގައި ޗިކަރީ އަށް ވެސް މި ނަން ބޭނުން ކުރެއެވެ.
endless
އެންޑްލަސް. ނއ. ނިމުމެއް ނެތް. ނިހާޔަތެއް ނެތް. ހުއްޓުމެއް ނެތް. endless belt މެޝިންތަކުގައި ބޭނުންކުރާ ދެކޮޅު ގުޅުވާފައިވާ ކަމަރެއް. ދިއުޅިއެއް.
endmost
އެންޑްމޯސްޓް. ނއ. ކޮޅުގައިވާ. އެންމެ ފަހަތުގައިވާ. ނިމޭކޮޅުގައިވާ.
endocrine
އެންޑޮކްރައިން. ނ. ހަށިގަނޑުގެ ގުނަވަނަކުން އުފައްދާ ދިޔަ ސީދާ ލެޔަށް ހޮޅިއެއް ބޭނުން ނުކޮށް ފޮނުވާ. މިފަދަ ގުނަވަންތަކުން އުފައްދަނީ ހޯމޯން އެވެ.
endorphin
އެންޑޯފިން. ނ. ސިކުނޑިންނާއި މައިނާރުން އުފައްދާ ދިޔައެއް. މި ދިޔައިން ތަދުކަނޑުވައި އަދި ރޫޙް ތާޒާކުރެއެވެ.
endorse
އިންޑޯސް. ކ. 1. ޗެކެއްގެ ނުފުށުގައި ސޮއިކުރުން. ފަތެއްގައި ސޮއިކުރުން. 2. ދުއްވާ އެއްޗެތީގެ ލައިސަންސް ގައި ކުށެއް ކުރިކަން ލިޔުން. 3. މީހަކަށް ތާއީދުކުރާކަން ނުވަތަ އެއްޗަކަށް ތާއީދުކުރާކަން ހާމަކުރުން. ނ. endorsement.
endow
އިންޑައު. ކ. 1. މަދަރުސާއެއް ފަދަ ތަނެއް އެޅުމަށް ގިނަ ފައިސާތަކެއް ޞަދަޤާތް ކުރުން. ތަނަކަށް ދާއިމަށް ފައިސާ ލިބޭނޭ ގޮތެއް ހަދިޔާއެއްގެ ގޮތުގައި ހަމަޖައްސައިދިނުން. ކަމަކަށް ވަޤުފު ކޮށްދިނުން. 2. ސިފައެއް، ހުނަރެއް، ބާރެއް ފަދަ ކަމެއް ލިބިދިނުން. މ. ޤުދްރަތީ ގޮތުން އޭނާއަށް އާދަޔާ ޚިލާފު ބުންވަރެއް އިންޑައު ވެފައި ވެއެވެ.
endowment
އިންޑައުމަންޓް. ނ. 1. އެއްޗެއް ދިރޭ ޞަދާޤާތެއްގެ ގޮތުގައި ހަމަޖައްސާ ޢަމަލު. 2. މިގޮތުން ލިބޭ ފައިސާ. 3. ޤުދްރަތީގޮތުން ލިބިފައިވާ ޤާބިލްކަން. endowment insurance މީހާ މަރުވުމުން ވާރިސުންނަށް ނުވަތަ ވަކި ދުވަހަކު ކަނޑައެޅިފައިވާ ފައިސާތަކެއް ލިބޭނޭ ގޮތަށް ނަގާ ލައިފް އިންޝުއަރަންސް.
endue
އިންޑިއު. ކ. ސިފައެއް، ޤާބިލްކަމެއް ލިބިދިނުން. މ. މި ފެނުމުން އަހުރެމެންގެ ފެނުމަށް އިތުރު ތޫނުކަމެއް އިންޑިއު ކޮށްފިއެވެ. އޭނާގެ މިޒާޖުގައި ދެމިހުންނަ އުފާވެރިކަމެއް އިންޑިއުވެފައި ވެއެވެ. ކެޑޭޓުންގެ ކިބައިގައި ޤައުމީ ލޯބި އިންޑިއު ކޮށްފައި ވެއެވެ.
endurable
އިންޑުއަރަބްލް. ނއ. ކެތްކުރެވޭ، ބަރުދާސްތުކުރެވޭ.
endurance
އިންޑުއަރަންސް. ނ. އުނދަގޫ، ދަތި، ތަދުވާ ކަމެއްގައި ގިނައިރު ދެމިހުރުމުގެ ޤާބިލްކަން. ބުންވަރު. ތަޙައްމަލު.
endure
އިންޑިއުރ. ކ. 1. ދަތިތައް ތަޙައްމަލު ކުރުން. އުނދަގޫތައް ބަރުދާސްތުކުރުން. 2. ކަމަކަށް ކެތްތެރިވުން. 3. ދިރިދެމިގެން ވުން. ގިނަ ދުވަހު ހުރުން.
endways
އެންޑްވެއިޒް. ކއ. އަރިމަތީގެ ބަދަލުގައި ދެކޮޅު ޖެހޭގޮތަށް ނުވަތަ ދެކޮޅު ގާތަށް ނުވަތަ ކުރިމައްޗަށް.
enema
އެނަމާ. ނ. 1. ގޮހޮރަށް ފަރުވާއަކަށް ސިރިންޖެއް ފަދަ އެއްޗެއް ބޭނުންކޮށްގެން، ފެން ނުވަތަ އެފަދަ އެއްޗެއް ބޮޑުދޮރުން ވެއްދުން. ބޮޑު ގުންބާކުރުން. 2. މިގޮތަށް ފޮނުވާ ފެން ނުވަތަ ދިޔަ.
enemy
އެނަމީ. ނ. ތިމާ ކުރާ ކަންތައްތަކަށް ހުރަސް އަޅާ، ގެއްލުންދޭން އުޅޭ ތިމާއާ ދޭތެރޭ ރުޅިވެރިކަން އޮތް މީހެއް. ދުޝްމަން މީހާ. ހަތުރު. ޢަދާވާތްތެރިއާ.
energetic
އެނަރޖެޓިކް. ނއ. ހަކަތައިން ފުރިފައި، ޖޯޝާއި ފޯރިއާ އެކު ކަމެއް ކުރާ. ކއ. energetically.
energize
އެނަރޖައިޒް. ކ. 1. މީހަކަށް ބާރުލިބި ކަންކަން ކުރާހިތްވާގޮތް ހެދުން. 2. ޢިމާރާތެއް ފަދަ ތަނަކާ އިލެކްޓްރިސިޓީ ގުޅުން. ކަރަންޓު ދިނުން.
energy
އެނަރޖީ. ނ. 1. އަތުންފައިން ނުވަތަ ސިކުނޑިން ކަމެއް ކުރުމަށް ހުންނަ ބާރު ނުވަތަ ޖޯރު ނުވަތަ ހަކަތަ. 2. އެއްޗެއް ދުވާތީ ނުވަތަ އިލެކްޓްރިކާއި ދަގަތްފާނު ރާޅުގެ ސަބަބުން ނުވަތަ އޭގެ ޠަބީޢީ ސިފައެއްގެ ސަބަބުން އޭގައި އެކުލެވޭ ހަކަތަ. 3. މެޝިންތައް ހިންގުމަށް އަންދާ ތެޔޮ، ދަރު ފަދަ ވަސީލަތްތައް.
enervate
އެނަރވެއިޓް. ކ. މީހެއް ބަލިކަށިކޮށް ޖޯރާއި ރޫޙު އެލޭ ގޮތް ހެދުން. މ. އެ ރަށުގެ މޫސުމުން އޭނާ އެނަރވެއިޓް ވެއްޖެއެވެ.
enfant terrible
އާންފާން ޓެރީބްލް. ނ. މީހުންނަށް ކުއްލި ޝޮކް ދޭހިތްވާ މަޝްހޫރު މީހެއް. ލަދުގަންނަ ކަންތައްތައް ކުރާ، ހަޔާތްކުޑަ ޒިންމާދާރުކަން ނެތް މީހެއް.
enfeeble
އިންފީބްލް. ކ. ބަލިކަށިކުރުން. އެއްޗެއް ނުވަތަ މީހެއް ބަލިކަށިކުރުން.
enfilade
އެންފިލެއިޑް. ނ. 1. އެއްޗެއްގެ ދިގުމިނަށް އެއްފަހަރާ ޖަހާ ބަޑި. 2. ދޮރުތައް ދިމާވާގޮތަށް ހުންނަ ކޮޓަރިތަކެއް. –ކ. މިގޮތަށް ބަޑިޖެހުން.
enfold
އިންފޯލްޑް. ކ. ގާތްކޮށް ހިފެހެއްޓުން ނުވަތަ އެއްޗެއް ނުވަތަ މީހެއް މުޅިން އެއްޗަކުން ފޮރުވުން.
enforce
އިންފޯސް. ކ. 1. ޤާނޫނަކާ އެއްގޮތަށް މީހުން އުޅޭގޮތް ހެދުން. ގަދަކަމުން ނުވަތަ ބާރުން ވަކި ޙާލަތެއް ގެނައުން ނުވަތަ ބަލައިގަންނަ ގޮތް ހެދުން. މ. ޤާނޫނެއް އިންފޯސްކުރުން. މަޖުބޫރުކުރުވުން، ތަންފީޒުކުރުން. ނ. enforcement.
enforceable
އިންފޯސަބްލް. ނއ. އިންފޯސް (މަތިބަލާ) ކުރެވޭ.
enfranchise
އިންފްރެންޗައިޒް. ކ. 1. މީހަކަށް ވޯޓު ދިނުމުގެ ޙައްޤު ދިނުން. 2. ސަހަރަކަށް މުނިސިޕަލް ޙައްޤުތައް ދިނުން.
engage
އިންގެއިޖް. ކ. 1. ތިމާގެ ވަޒީފާގައި ގެންގުޅުން. މ. ޑްރައިވަރެއް އިންގެއިޖް ކުރުން. 2. ކުރިން ހަމަޖެއްސުން. މ. އިށީންނާނޭ ގޮނޑި. 3. ވަޢުދުވުން، އެއްބަސްވުން. 4. މީހެއްގެ ސަމާލުކަން ދެމެހެއްޓުން. މ. އޭނާ ވާހައެއްގައި އިންގެއިޖް ކުރުން. 5. މީހަކު ކަމެއްގައި މަސްޣޫލުކުރުވުން. މ. ތިމާ ޕޮލިޓިކްސްގައި އިންގެއިޖްވުން. 6. ހަނގުރާމައެއްގައި މަސްޣޫލުކުރުވުން. މ. ގާފިލާއެއް ހަނގުރާމެއްގައި. 7. ސޯބުތަކެއްގެ ފުއްތައް މެއްސުން. މ. ވަކި ގިއަރެއް އިންގެއިޖްކުރުން.
engaged
އިންގައިޖްޑް. ނއ. 1. ރަސްމީކޮށް އިންނާނެކަމަށް އެއްބަސްވެފައިވާ. 2. ބޭނުންކުރަމުންދާ. މ. ކޮޓަރިއެއް. ފޯނުލައިނެއް. 3. ކަމެއްގައި އަވަދިނެތިވާ. މ. މެނޭޖަރު ވަނީ މިވަގުތު އިންގެއިޖްޑް ވެފައި = މެނޭޖަރު މި ވަގުތު ވަނީ ކަމެއްގައި މަސްޣޫލުވެއެވެ.
engagement
އިންގެއިޖްމަންޓް. ނ. 1. އިންގެއިޖްވާ އެއްޗެއް. އެއްޗެއް އިންގެއިޖްވުމުގެ ޢަމަލު. ކޮންމެވެސް ކަމަކާ މަޝްޣޫލުވުމެއް. 2. އެހެން މީހަކާ އެކު ހަދައިފައިވާ އެޕޮއިންޓްމަންޓް އެއް ނުވަތަ އެއްބަސްވުމެއް (މ. ކައިވެނިކުރަން). 3. ހަނގުރާމައިގެ ބައްދަލުވުމެއް.
engaging
އިންގެއިޖިން. ނއ. ހިތްގައިމު، އަސަރުކުރުވާ.
engender
އިންޖެންޑަރ. ކ. ބަޔަކަށް ވަކި ޚިޔާލެއް އުފަންވާގޮތް ހެދުން ނުވަތަ ވަކި ޙާލަތެއް އަންނަ ގޮތް ހެދުން.
engine
އެންޖިން. ނ. 1. މަޢުދަނުގެ ސާމާނުތަކަކުން ހަދައިފައިވާ، ގުޅިގެން ތަކެތި މަސައްކަތް ކުރާ އެއްޗެއް. މިފަދަ ތަކެތީގެ މައިގަނޑު ބޭނުމަކީ ބާރު އުފެއްދުމެވެ. 2. ރޭލެއްގެ އެންޖިން ބައި. 3. އަލިފާން ނިވާ ލޮރީ.
engineer
އެންޖިނިއަރ. ނ. 1. އެންޖިނިއަރިންގެ ކޮންމެވެސް ގޮތްޕަކުން ހުނަރުލިބިފައިވާ މީހެއް. 2. ބޯޓެއް ފަދަ އެއްޗެއްގައި، އެންޖިންތަކާއި މެޝިންތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ މީހާ. 3. ކަމެއް ރާވާ، އިންތިޒާމްކުރާ ފަރާތް. —ކ. 1. އެންޖީނެއް އުފެއްދުން ނުވަތަ ކޮންޓްރޯލްކުރުން. 2. ރޭވުމެއްގެ ތެރެއިން ކަމެއް ތަންފީޒުކުރުން. މ. އެދެމީހުން ބައްދަލުވާގޮތް އޭނާ އެންޖިނިއަރ ކުރިއެވެ.
engineering
އެންޖިނިއަރިން. ނ. ބާރު ބޭނުންކޮށް ކޮންޓްރޯލް ކުރުމަށް ސައިންސްގެ ޢިލްމު ބޭނުންކުރުން. މިކަމުގެ އެތައް ގޮތްޕެއް ވެއެވެ. މ. މަގުތަކާއި ގެދޮރު ނަމަ، ސިވިލް އެންޖިނިއަރިން. މެޝިންތައް ނަމަ، މެކެނިކަލް އެންޖިނިއަރިން ، ކަރަންޓާ ބެހޭ ނަމަ، އިލެކްޓްރިކަލް އެންޖިނިއަރިން.
England
އިންގްލަންޑް. އިނގިރޭސި ވިލާތް. ގްރޭޓް ބްރިޓަން ގެ ދެކުނު ބައި.
English
އިންގްލިޝް. ނއ. އިންގްލަންޑް އާ ބެހޭ ނުވަތަ އެތަނުގައި ދިރިއުޅޭ މީހުންނާ ނުވަތަ އެމީހުން ވާހަކަދައްކާ ބަހާ ގުޅޭ. —ނ. 1. އިނގިރޭސި ބަސް. the English އިނގިރޭސީން. ނ. Englishman, English woman.
engrave
އިންގްރެއިވް. ކ. 1. ހަރު އެއްޗެއްގައި މ. ހިލަ، ލޯ، ފަދަ އެއްޗަކަށް، ލިޔުމެއް ނުވަތަ ކުރެހުމެއް ބިންވަޅު ނެގުން. 2. ފުންކޮށް ހަނދާނުގައި ނުވަތަ ފިކުރުގައި ހަރުލުން. ނ. engraver ބިންވަޅު ނަގާ މީހާ ނުވަތަ އެކަން ކުރާ އާލަތް.
engraving
އިންގްރޭވިން. ނ. ތާން ލޯ ގައި ނުވަތަ އެފަދަ އޮމާން މަޢުދަނުގައި، ބިންވަޅުނަގައި ކުރަހައިގެން ޗާޕުކޮށްފައިވާ އެއްޗެއް.
engross
އިންގްރޮސް. ކ. 1. މީހެއްގެ ސަމާލުކަން އެއްކޮށް ދަމައިގަތުން. 2. ޤާނޫނީ ގޮތަށް ލިޔުން/ބުނުން. ނ. engrossment.
engulf
އިންގަލްފް. ކ. 1. އެއްޗެއް ނުވަތަ މީހެއް ފޮރުވޭ ވަރަށް ނުވަތަ ގެއްލޭވަރަށް މުޅިން ވަށައިލުން. މ. އަލިފާން މުޅި ގެ އިންގަލްފް ކޮށްފިއެވެ. 2. ހަދާނެ ގޮތް ހުސްވާ ވަރަށް، ވަރަށް ބޮޑަށް އަސަރުކުރުން. މ. މަންމަ މަރުވުމުން މޮޅިވެރިކަން އޭނާ އިންގަލްފް ކުރިއެވެ.
enhance
އިންހާންސް. ކ. އެއްޗެއްގެ ރީތިކަށް ނުވަތަ އެހެން ވެސް ސިފައެއް ގަދަކުރުން. ނ. enhancement.
enigma
އިނިގްމާ. ނ. އޮޅުން ފިލަން ވަރަށް ދަތި ކަމެއް ނުވަތަ އެއްޗެއް. ދެނެގަންނަން އުނދަގޫކަމެއް. ރާޒެއް.
enigmatic
އެނިގްމެޓިކް. ނއ. ދެތުން އުނދަގޫ، ހައިރާންކުރުވަނިވި. ދެނެގަންނަން ދަތި.
enjoin
އިންޖޮއިން. ކ. 1. ރަސްމީ ބަހުރުވައިން މީހެއްގެ ކައިރީގައި ކަމެއް ކުރުމަށް ނުވަތަ ވަކި ގޮތަކަށް އުޅުމަށް ބުނުން. އަމުރުކުރުން. 2. ޤާނޫނީ ގޮތުން މީހަކަށް ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް މަޖުބޫރުކުރުވުން.
enjoy
އިންޖޯއި. ކ. 1. އުފާލިބިގަތުން. ލައްޒަތު ލިބިގަތުން. 2. އުފަކާރައެއް ފައިދާއެއް ލާބައެއް ފަދަ ހިތްހަމަޖެހުމެއް ލިބިގެންވުން. މ. އޭނާ ފުރިހަމަ ޞިއްޙަތު އިންޖޯއި ކުރެއެވެ = އޭނާއަށް ފުރިހަމަ ޞިއްހަތު ލިބިގެން ވެއެވެ. ނ. enjoyment. enjoy oneself ހިތްހަމަޖެހުމާއި އުފާ، ކުރާކަމަކުން ލިބިގަތުން.
enjoyable
އިންޖޮއިބްލް. ނއ. އުފާ ލިބިދޭ. ލައްޒަތު ލިބިދޭ. ކއ. enjoyably.
enlarge
އިންލާޖް. ކ. 1. އެއްޗެއް ބޮޑުކުރުން ނުވަތަ ބޮޑުވުން. 2. އޮތް ވަރަށް ވުރެ ކުރެހުމެއް ފަދަ އެއްޗެއް ބޮޑުކުރުން. 3. ކަމަކާ މެދު އިތުރަށް ވާހަކަ ދެއްކުން. ތަފްޞީލުކުރުން. މ. މި މައްސަލަ އިންލާޖް ކޮށްދީފާނަން ހެއްޔެވެ؟ enlarger ނ. ފޮޓޯ ބޮޑުކުރާ މެޝިނެއް.
enlargement
އިންލާޖްމަންޓް. ނ. 1. އެއްޗެއް ބޮޑުކުރުމުގެ ޢަމަލު. 2. ބޮޑުކޮށްފައިވާ އެއްޗެއް. ނެގަޓިވް އަށް ވުރެ ބޮޑުކޮށްފައިވާ ފޮޓޯއެއް.
enlighten
އިންލައިޓްން. ކ. މީހަކަށް ތެދު މަޢުލޫމާތު ދިނުން. މީހަކަށް ކަމެއްގެ ޙަޤީޤަތް އޮޅުންފިލުވައި ދިނުން. އަލިއަޅުވައިލުން. ރޯޝަންކުރުން. ނ. .enlightenment ނއ. enlightened ނޭނގުމާއި ތަޢައްޞުބުން މިނިވަންވެގެންވާ.
enlist
އިންލިސްޓް. ކ. 1. ސިފައިންގެ ތެރެއަށް ނެގުން ނުވަތަ ވަނުން. ޖަމްޢިއްޔާއެއްގައި ބައިވެރިވުން 2. މީހެއްގެ އެހީތެރިކަމަށާއި ވާގިވެރިކަމަށް އެދުން. މި އެހީތެރިކަމާއި ވާގިވެރިކަން ލިބުން. ނ. enlistment.
enliven
އިންލައިވުން. ކ. އެއްޗެއް މާ މަޤްބޫލުވާގޮތަށް ހެދުން. ކަމަކަށް އައު ދިރުމެއް ގެނައުން. އިޙްޔާކުރުން. ނ. enlivenment.
en masse
އާން މާސް. ނއ. އެންމެން އެއްކޮށް.
enmesh
އެންމެޝް. ކ. 1. ސަލާމަތްވާން ދަތިވާގޮތަށް، ދަލެއްގައި ޖެހި ހައްޔަރުވުން. 2. ސަލާމަތްވާން ދަތިކަމެއްގައި ނުވަތަ އުނދަގުލެއްގައި މީހަކު ޖެއްސުން ނުވަތަ ޖެހުން.
enmity
އެންމަޓީ. އެންމިޓީ. ނ. ދުޝްމަންކަން، ހަތުރުވެރިކަން. ދެ ދުޝްމަނުންގެ ދޭތެރޭގައި އޮންނަ ޢަދާވާތްތެރިކަން.
ennoble
އިނޯބްލް. ކ. 1. ބޮޑުންގެ ދަރަޖައެއް ދިނުން. 2. ކުރާކަމެއްގެ ސަބަބުން ނުވަތަ ތަޙައްމަލު ކުރި އަހުވައެއްގެ ސަބަބުން މީހާގެ ޤަދަރު މަތިވެގެން ދިއުން. މ. އެ މުޞީބާތުން އޭނާގެ ޚުލްޤް އިނޯބްލް ވިއެވެ. ނ. ennoblement.
enormity
އިނޯމިޓީ. ނ. 1. ކަމެއްގެ ވަރަށް ބޮޑު ނުބައިކަން. މ. ކުށުގެ އިނޯމިޓީ. 2. ވަރަށް ބޮޑު ޖަރީމާއެއް. 3. އެއްޗެއްގެ ބޮޑުކަން، ބިޔަކަން. މ. އެމީހުންގެ މަސައްކަތުގެ އިނޯމިޓީ އޮޅުންފިލުމުން ހައިރާން ވިއެވެ. ނަންބަރު 3 ގެ މާނަ ބޭނުން ކުރުން ރަނގަޅު ނޫންކަމަށް ބައެއް މީހުން ބުނެއެވެ.
enormous
އިނޯމަސް. ނއ. ވަރަށް ބޮޑު. ބިޔަ. ކއ. enormously. ނ. enormousness.
enough
އިނަފް. ނ. ނއ. ކއ. ބޭނުންވާ ވަރަށް، ސަކުދަނަ، ފުދޭ ވަރަށް.
enquire
އިންކްވަޔަރ. ކ. އެހުން ނުވަތަ ސުވާލުކުރުން. ނ. enquiry. މިލަފުޒު inquiry އާ އެއްގޮތަށް ބޭނުންކުރިއަސް، enquire ގިނައިން ބޭނުންކުރަނީ ރަސްމީ ބަހުރުވައިގައި ސުވާލުކުރުމަށެވެ. inquire ބޭނުންކުރަނީ ކަމެއް ދެނެގަތުމަށް ހިންގާ ތަޙްޤީޤަކަށެވެ.
enrage
އިންރެއިޖް. ކ. (މީހަކު) ވަރަށް ގަދަޔަށް ރުޅިއަރުވާލުން.
enrapture
އިންރެޕްޗަރ. ކ. މީހަކަށް ވަރަށް ބޮޑު އުފާވެރިކަމަކާއި ލައްޒަތެއް ލިބުން.
enrich
އިންރިޗް. ކ. 1. އެހެން އެއްޗެއް އެއްކޮށްގެން އެއްޗެއްގެ ފެންވަރު ރަނގަޅުކުރުން. މި ކިރު ވަނީ ވިޓަމިން ޑީ އިން އިންރިޗް ކޮށްފައެވެ. 2. މުއްސަނދިކުރުން. ނ. enrichment.
enrobe
އިންރޯބް. ކ. ޖުއްބާއެއް ފަދަ ލިބާހެއް ލުން.
enrol
އިންރޯލް. ކ. 1. ސްކޫލެއް، ޖަމްޢިއްޔާއެއް ފަދަ ތަނެއްގެ މެންބަރުންގެ ލިސްޓްގައި ހިމެނުން. 2. މެންބަރެއްގެ ގޮތުގައި ހިމެނުން. ނ. enrolment.
en route
އާން ރޫޓް. ނއ. (ތަނަކަށް) ދާ މަގުމަތީގައި. މ. އޭނާ އާ ބައްދަލުވީ ކޮޅުބުމުން މާލެއަށް އައި އާން ރޫޓް ގައެވެ.
ensconce
އިންސްކޮންސް. ކ. ތަނެއްގައި އަރާމުކޮށް ޖައްސައިލުން.
ensemble
އާންސާމްބްލް. އޮންސަމްބްލް. ނ. 1. އެއްޗަކަށް، ތަނަކަށް އެކުގައި ބެލުން. އެކުގައި ބޭނުންކުރަން އުފައްދާފައިވާ ތަކެތި ތަކެއް. 2. އެކުގައި މިޔުޒިކް ކުޅޭ ގުރޫޕެއް. 3. ގުޅޭ ތަކެތި ހިމަނައިގެން ލާ އަންހެނުންގެ ހެދުން.
enshrine
އިންޝްރައިން. ނ. 1. ޒިޔާރަތަކަށް، މަޒާރަކަށް ލުން. 2. ޒިޔާރަތެއްގެ ގޮތުގައި ވުން. މީހުން ޤަދަރުދޭ އިޙްތިރާމްކުރާ ތަނަކަށް ލުން. މ. އެންމެންގެ ހަމަހަމަކަން ވަނީ ޤާނޫނު އަސާސީގައި އިންޝްރައިން ކޮށްފައެވެ.
enshroud
އިންޝްރައުޑް. ކ. ފަސޭހައިން ނުފެންނާނޭހެން އެއްޗެއްގެ ވަށައިގެން ކަފުނެއް ފަދައިން އުރައެއް ލުން.
ensign
އެންސައިން. ނ. 1. ކޮން ޤައުމެއްގެ ބޯޓެއްކަން އަންގަން ބޯޓުގައި ނަގާ ދިދަ. 2. ބައެއް ޤައުމުތަކުގެ ސިފައިންގެ ތެރޭގައި ހިމެނޭ އެންމެ ދަށް މަޤާމު.
enslave
އިންސްލެއިވް. ކ. 1. އަޅުވެތިކުރުން. 2. މީހަކު ނުބައި ޙާލަތެއްގައި ބެހެއްޓުން. ނ. enslavement.
ensue
އިންސޫ. ކ. ކަމަކާ ގުޅިގެން ނުވަތަ ކަމެއްގެ ފަހުންވާ އެހެން ކަމެއް. މ. ދެބަސްވުމާ ގުޅިގެން ތަޅާފޮޅުމެއް އިންސޫ ވިއެވެ.
ensure
އިންޝުއަރ. ކ. ރައްކާތެރިވާނެކަން ނުވަތަ ކަމެއް ވާނެކަން ޔަޤީން ކުރުން. (ކިޔާގޮތް އެއްގޮތަސް ފައިސާ ހިމެނޭ އިންޝުއަރަންސް އާ މުޅިން ތަފާތު ލަފުޒެއް.)
entablature
އެންޓެބްލޭޗަރ. ނ. ޢިމާރާތެއްގެ ތިނެސްކަން ކުކުޅުވަހިކޮޅުގެ ތިރީގައި އަދި ތަނބުތަކުގެ މަތީގައި ދިގަށް ހުންނަބައި. އިހުގެ ރޫމީ އަދި ޔޫނާނީ ޢިމާރާތްތަކުގައި، މިބައިގައި ހުންނަނީ ފޮފަނަގާ ކުރެހުން އަޅާފައެވެ.
entail
އިންޓޭލް. ކ. 1. ބޭނުންތެރިވުން. ހިމެނުން (ކަމެއްގެ ނަތީޖާއެއްގެ ގޮތުން ނުވަތަ ކޮންމެހެން ބޭނުން ކަމެއްގެ ގޮތުގައި). 2. ބިމެއް މީހެއްގެ ދަރިފަސްކޮޅަށް ވާރުތައަށް ދިނުން. މިހެން ހެދުމުން އެ ބިން، ފަހުން އަންނަން ތިބި މީހުން އަދި ނުވިހާތީ، ވިއްކޭ ގޮތެއް ނުވާނެއެވެ. ނ. entailment މިގޮތަށް ވާރުކުރާ ބިން. މިކަން ކުރުމުގެ ޢަމަލު.
entangle
އިންޓޭންގްލް. ކ. 1. ވައު، ދައު ފަދަ އެއްޗެއްގައި ޖެހި ތާށިވާގޮތް ހެދުން ނުވަތަ ވުން. 2. ވައު ފަދަ އެއްޗެއް އޮޅުން ބޮޅުން ވުން. 3. އެއިން ސަލާމަތްވާން ދަތި މުރައްކަބު ކަމެއްގައި ބައިވެރިވުން. ނ. entanglement.
entente
އާންޓާންޓް. ނ. ދެ ޤައުމެއްގެ ދެމެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން.
enter
އެންޓަރ. ކ. 1. ތަނަކަށް ވަނުން ނުވަތަ އައުން. 2. އިސްޓޭޖް މައްޗަށް އެރުން. 3. ތޮރުފާލާއި ވަނުން. މ. އުންޑަ އޭނާގެ ފަޔަށް އެންޓަރ ވިއެވެ. 4. ތަނެއްގެ މެންބަރަކަށް ވުން. މ. އޭނާ ސްކައުޓިންގ އަށް އެންޓަރ ކޮށްފިއެވެ. 5. ނަން، އެޑްރެސް ފަދަ އެއްޗެއް ލިސްޓެއް ނުވަތަ ފޮތެއްގައި ހިމެނުން. 6. ރަޖިސްޓަރީ ކުރުން. މުބާރާތެއްގައި ބައިވެރިވުން. 7. ރަސްމީކޮށް ހުށަހެޅުން، މަޝްވަރާއަށް، ގޮތެއް ނިންމުމަށް ހުށަހެޅުން. މ. އޭނާ ޕްރޮޓެސްޓެއް އެންޓަރ ކޮށްފިއެވެ. އޭނާ ކުށްވެރިނުވާކަމުގެ ޕްލީއެއް އެންޓަރކޮށްފިއެވެ. enter into (ވާހަކަ ދެއްކުމެއް، އެއްބަސްވުމެއް ފަދަ ކަމެއްގައި) ބައިވެރިވުން. ހިސާބުތަކުގައި ނުވަތަ ރޭވުމެއްގައި ހިމެނުން. enter on ކަމެއް ފަށައިގަތުން. މ. މަސައްކަތެއްގެ ފިޔަވައްސެއް. ލިބިގަތުން. މ. ވާރުތައިން ލިބޭ ތަކެތި، އެޕޮއިންޓްމަންޓް. enter up ފޮތެއްގައި (ނަން ފަދަ މަޢުލޫމާތު) ރެކޯޑުކުރުން.
enteritis
އެންޓަރައިޓިސް. ނ. ގޮހޮރު ދުޅަވުން.
enterprise
އެންޓަރޕްރައިޒް. ނ. 1. ކުރަން ފަށާ، ޖެހިލުންކުޑަކަމާއި ކެރުން ބޭނުންވާ ދަތި އުނދަގޫ ކަމެއް. 2. މަންފާއެއް ލިބިދާނެ ވިޔަފާރިއެއް. 3. ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމެއް ކުރުމަށް އިސްނެގުމުގެ ރޫޙް.
enterprising
އެންޓަރޕްރައިޒިން. ނއ. ޚާއްޞަކޮށް ފައިސާ ލިބިދާނެ، އައު އަދި އުނދަގޫ ކަންތައްތައް ކުރާހިތްވާ. އެކަމަށް ރަނގަޅު.
entertain
އެންޓަރޓެއިން. ކ. 1. މުނިފޫހިފިލުވުން. 2. ގެއަށް ނުވަތަ ތަނަކަށް ބަޔަކު ގެންގޮސް އެބަޔަކަށް ކާންދީ މެހެމާންދާރީ އަދާކުރުން. 3. ޚިޔާލުގައި ކަމެއް ހިނގުން ނުވަތަ ކަމެއް ވެދާނެކަމަށް ޤަބޫލުކުރުން. މ. ޝައްކު އެންޓަރޓެއިންކުރުން. 4. ރަނގަޅުގޮތެއްކަމަށް ޤަބޫލު ކުރުން. މ. އެ ޚިޔާލު އެންޓަރޓެއިން ކުރުމަށް އިންކާރުކުރުން. —ނ. entertainer (ވަޒީފާއެއްގެ ގޮތުން) މުނިފޫހިފިލުވުމުގެ ކަމެއް (މ. ލަވަކިޔުން، ސަމާސާ ވާހަކަ ދެއްކުން، ޖާދޫ ހެދުން) ކުރާ މީހެއް.
entertainment
އެންޓަރޓެއިންމަންޓް. ނ. 1. ޢާއްމު ޝޯތަކާއި، ކުޅިވަރުތަކާއި އެހެނިހެން މުނިފޫހިފިލުމުގެ ކަންކަން. 2. މީހަކު ޝައުޤުވެރިވެ އެމީހުން މުނިފޫހިފިލާ ކަންކަން. 3. (ވިޔަފާރި ފަދަ) ގުޅުން ދެމެހެއްޓުމަށް ެމީހުން ޝޯތަކަށާއި ކާތަންތަނަށް ގެންގޮސް ހެދުމުގެ ޢަމަލު. ޟިޔާފަތު. މެހެމާނީ. މުނިފޫހިފިލުވުން.
enthral
އިންތްރޯލް. ކ. އާސޯޚްވުން. ބަސްހުއްޓޭ ވަރަށް ޝައުޤުވެރިވުން.
enthrone
އިންތްރޯން. ކ. ބޮޑު ރަސްމިއްޔާތަކާއެކު، ރަސްކަލެއް ނުވަތަ ރާނީއެއް ތަޚުތަށް އެރުވުން.
enthuse
އިންތިއުޒް. ކ. 1. ކަމަކާ ދޭތެރޭ ވަރަށް ބޮޑަށް ޝައުޤުވެރިކަން ހާމަކުރުން. 2. ޝައުޤާއި ޖޯޝުން ފުރާލުން. މ. މިރޭގެ ޕާޓީ އާ މެދު ކަލޭ އެހާ އިންތިއުޒް ނުވަނީ ކީއްވެ؟
enthusiasm
އިންތޫޒިއެޒަމް. ނ. 1. ކަމަކަށް ރުހެވޭ ރުހުން ނުވަތަ ޖޯޝް ނުވަތަ ޝައުޤު. 2. މިފަދަ ޝުޢޫރެއް ރައްދުވާ ކަން. ގަޔާވާ ކަންކަން. މ. އަހުރެންގެ އެއް އިންތޫޒިއެޒަމް އަކީ ރޭޑިއޯ މަރާމާތުކުރުމެވެ.
enthusiast
އިންތޫޒިއާސްޓް. ނ. ވަކި ޙަރަކާތަކާ މެދު ނުވަތަ ދާއިރާއަކާ މެދު ވަރަށް ބޮޑަށް ޝައުޤުވެރިވެ، އެކަމަށް ގެނބިގެން އުޅޭ މީހާ.
enthusiastic
އިންތޫޒިއާސްޓިކް. ނއ. ޝައުޤާއި ޖޯޝުން ފުރިގެންވާ. ކއ. enthusiastically.
entice
އިންޓައިސް. ކ. އުފާވާކަހަލަ ކަމެއް ކޮށްދީގެން ނުވަތަ އެފަދަ އެއްޗެއް ދީގެން، މީހަކު ކަމަކަށް ހެއްލުން. ނ. enticement.
entire
އިންޓެއަރ. ނއ. މުޅި. އެއްވެސް އެއްޗެއް ބާކީ ނުކޮށް. ކއ. entirely.
entirety
އިންޓައިރަޓީ. ނ. ހުރިހާ. އެކީ. ހުރިހާ ބައިތަކެއް ހިމެނޭ ގޮތަށް. މ. އެފޮތް އޭގެ އިންޓައިރަޓީ ގައި އަހުރެން ނުކިޔަމެވެ. މުޅި.
entitle
އިންޓައިޓްލް. ކ. 1. މީހަކަށް ކަމެއް ކުރުމުގެ ނުވަތަ އެއްޗެއް އޮތުމުގެ ޙައްޤު ދިނުން. މ. ޓިކެޓް އޮތުމުން ޝޯއަށް ވަނުމަށް އިންޓައިޓްލް ވެއެވެ. 2. ފޮތަކަށް ނަމެއް ދިނުން. ނ. entitlement.
entity
އެންޓިޓީ. ނ. ވަކި އެއްޗެއްގެ ގޮތުގައި ވާ އެއްޗެއް. މ. ކޮންމެ ވެލިފުކަކީ އެންޓިޓީއެއް.
entomb
އިންޓޫމް. ކ. ކަށްވަޅަކަށް ލުން. ވަޅުލުން.
entomology
އެންޓޮމޮލޮޖީ. ނ. (އިންސެކްޓް) ހަޝާރާ (ހަފައިލީ ދިރޭ ތަކެތި) އާ ބެހޭ ސައިންސްގެ ޢިލްމު. ނއ. entomological. ނ. entomologist ހަފައިލީ ދިރޭ ތަކެއްޗާ ބެހޭ ޢިލްމުގެ މާހިރެއް.
entourage
އޮންޓުއަރާޖް. ނ. މަޝްހޫރު/މުހިއްމު މީހަކާ އެކު ދަތުރުކުރާ ޖަމާޢަތުގެ މީހުން.
entrails
އެންޓްރެއިލްޒް. ނ. އިންސާނެއްގެ ނުވަތަ ޖަނަވާރެއްގެ ހަށިގަނޑުގެ އެތެރޭގައިވާ ގުނަވަންތައް (މ. ގޮހޮރު) ހަށިގަނޑުން ބޭރުގައިވުމުން ކިޔާ ނަން.
entrance 1
އެންޓްރަންސް. ނ. 1. ތަނަކަށް ވަންނަ ވަނުން. 2. ވަންނަ ދޮރޯށި ނުވަތަ މަގު ނުވަތަ ދޮރު. 3. ވަނުމުގެ ޙައްޤު. ތަނަކަށް ވަންނަން ދައްކަން ޖެހޭ ފައިސާ.
entrance 2
އިންޓްރާންސް. ކ. ވަރަށް ބޮޑު އަރާމަކުން، އުފާވެރިކަމަކުން ހިތް ފުރާލުން.
entrant
އެންޓްރަންޓް. ނ. 1. މުބާރާތެއް ފަދަ އެއްޗެއްގައި ބައިވެރިވާ މީހާ. 2. ޖަމާޢަތެއް/މުއައްސަސާއެއް ގެ މެންބަރަކަށް ވާ މީހާ. 3. އައު ސަރަޙައްދެއްގެ ވަކި ވިޔަފާރިއަކަށް ވަންނަ މީހާ.
entreat
އިންޓްރީޓް. ކ. މީހަކު ލައްވާ ކަމެއް ކުރުމަށް ވަރަށްބޮޑަށް އެދުން. އާދޭސް ކުރުން. ނ. entreaty.
entrecote
އޮންޓްރެކޯޓް. ނ. ކެއުމަށް ބޭނުންކުރާ، ގެރިއެއްގެ ފަހަތުކޮޅުން ނަގާ މަސްފޮއްޗެއް.
entrée
އޮންޓްރޭ. ނ. 1 އެއްގަމު މަހާއި ކަނޑުމަހުގެ ކާތަކެތި ކާއިރު، މި ދެބާވަތުގެ ދެމެދުން ކެއުމަށް ގެންނަ ތަކެތި. ޖާފަތެއްގެ މައިގަނޑު ކެއުން. މައިގަނޑު ކެއުމަށް ފެށުމުގެ ކުރިން ކާ ކުދި ކެއުން. 2. ތަނަކަށް ވަނުމުގެ ހުއްދަ ނުވަތަ ޙައްޤު.
entrench
އިންޓްރެންޗް. ކ. 1. (ހަނގުރާމައެއްގައި) ރަނގަޅަށް ދިފާޢުކުރެވޭ ތަނެއްގައި ގަދައަށް ހުރެވޭގޮތް ހެދުން. 2. ބަދަލުނުކުރެވޭ ގޮތަށް، ޚިޔާލެއް ނުވަތަ މައްސަލައެއް ހަރުލުން. މ. ސިޔާސަތުގެ މަޤްޞަދަކީ އަގުތައް ކުޑަކޮށް ބެހެއްޓުން އިންޓްރެންޗް ކުރުމެވެ.
entrenchment
އިންޓްރެންޗްމަންޓް. ނ. 1. އިންޓްރެންޗް ކުރުމުގެ ޢަމަލު. 2. ދިފާޢުކުރުމަށް ކޮނެފައިވާ ޚަންދަޤެއް.
entrepreneur
އޮންޓްރަޕްރަނަރ. ނ. 1. ޚާއްޞަކޮށް ފުރުޞަތުތަކެއް ދިމާވުމާ ގުޅިގެން، އަމިއްލަ ވިޔަފާރިއެއް ފަށާ މީހެއް. ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރު އޮތަސް، ވިޔަފާރިއެއް ފަށާމީހާ. 2. ދެމެދަށް ވަންނަ ކޮންޓްރެކްޓަރ. ނއ. entrepreneurial.
entropy
އެންޓްރޮޕީ. ނ. އެއްޗެއްގައިވާ ޒައްރުތައް ތަރުތީބުނުވާ މިންވަރު. ތަރުތީބުވެފައިވާ ނަމަ އެ އެއްޗެއްގައި ހިމެނޭ ހަކަތަ، ތަރުތީބެއް ނުވުމާ އަޅާ ބަލާއިރު ގިނަވާނެއެވެ. ތަރުތީބުވެފައިވާ މިންވަރަކުން އެ އެއްޗެއްގައި ހިމެނޭ ހަކަތަ ގިނަވާނެއެވެ.
entrust
އިންޓްރަސްޓް. ކ. މީހަކާ ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް ޙަވާލުކުރުން. މީހެއްގެ އަޅާލުމަށް ކަމެއް ޒިންމާކުރުވުން.
entry
އެންޓްރީ. ނ. 1. ތަނަކަށް ވަނުމުގެ ޢަމަލު ނުވަތަ މުއައްސަސާއަކާ ބައިވެރިވުމުގެ ޢަމަލު. 2. ދެ ޢިމާރާތް ދެމެދުގައިވާ ހަނި ގޯޅިއެއް. 3. ތަނަކަށް ވަންނަ ދޮރު، ދޮރާށި ފަދަ ތަނެއް. 4. ލިސްޓެއްގައި ނުވަތަ ޑައެރީއެއްގެއި ލިޔެފައިވާ އައިޓަމެއް. 5. ރޭހެއް، މުބާރާތެއް ފަދަ ކަމެއްގައި ބައިވެރިވެފައިވާ މީހެއް ނުވަތަ އެއްޗެއް (މ. އަސް ރޭހެއް ނަމަ އަހެއް). ބައިވެރިވެފައިވާ ޢަދަދު.
entryism
އެންޓްރިޒަމް. ނ. ސިޔާސީ ޕާޓީއެއްގެ ފިކުރު ބަދަލުކުރުމަށްޓަކައި، މަޤްޞަދު ވަންހަނާކޮށްގެން ވަކި ޕާޓީއަކުން އެހެން ޕާޓީއަކަށް ވަންނަ ވަނުން. ނ. entryist މިގޮތަށް ވަންނަ މީހާ.
Entryphone
އެންޓްރީފޯން. ނ. ޢިމާރާތަކަށް ވަންނަ އިރު، ކާކުކަން ދެނެގަތުމަށް، ޒިޔާރަތްކުރާ މީހުންނަށް ވަންނަ ތާނގައި ބަހައްޓާފައި ހުންނަ ފޯނު (މިއީ ޓްރޭޑް މާކެއް).
entwine
އިންޓްވައިން. ކ. 1. ދެ ވައުފަށެއް ގެތުން. 2. ވަލެއް ފަދަ އެއްޗެއް އެހެން އެއްޗަކާ ގެތުން ނުވަތަ އޮޅާލުން.
enumerate
އިނިއުމަރޭޓް. ކ. ގުނުން. ވަކިވަކިން އެއްޗެއްގެ ނަން ބުނުން. ނ. enumeration.
enunciate
އިނަންސިއޭޓް. ކ. 1. ލަފުޒުތަކެއް ބުނުން. 2. ސާފުކޮށް ބަޔާންކުރުން. ނ. enunciation.
envelop
އިންވެލޮޕް. ކ. އެއްޗެއް ވަށައިގެން އުރައެއް ލުން. ހުރިހާ ފަރާތެއް ފޮރުވުން. މ. ދޯނިވަނީ ދުންފުނިން އިންވެލޮޕް ވެފައެވެ. ނ. envelopment
envelope
އެންވެލޮޕް. ނ. އެއްޗެއްގެ ބޭރުން ލާ އުރައެއް. ޚާއްޞަކޮށް ސިޓީ އުރަ.
enviable
އެންވިއަބްލް. ނއ. ހަސަދަވެރިވާ ވަރަށް އެދޭ. ތިމާ އެހާލަތެއްގައި ވުމަށް އެދޭ. ކއ. enviably.
envious
އެންވިއަސް. ނއ. އެހެން މީހަކަށް ލިބިފައިވާ ކަމެއް ނުވަތަ އެއްޗެއް ތިމާއަށް ލިބޭނަމައޭ އެދުން. ހަސަދަވެރި.
environment
އިންވައިރަމަންޓް. ނ. ވަށައިގެންވާ ސަރަޙައްދު. ޚާއްޞަކޮށް މީހާގެ ދިރިއުޅުމަށް އަސަރުކުރާ، ވަށައިގެންވާ ތަން. ތިމާވެށި. ނއ. environmental. ނ. environmentalist ވަށައިގެންވާ ވެށި ރައްކާތެރިކޮށް ރަނގަޅުކުރަން ބޭނުންވާ މީހާ.
environs
އިންވައިރަންޒް. ނ. ތަނެއް ވަށައިގެންވާ ސަރަޙައްދު. ޚާއްޞަކޮށް ސަހަރެއްގެ ވަށައިގެންވާ ހިސާބު.
envisage
އިންވިޒާޖް. ކ. 1. ޚިޔާލަށް ގެނައުން. ތަޞައްވުރުކުރުން. 2. ވާނެކަމެއް ކުރިން ފެނުން.
envoy
އެންވޯއި. ނ. 1. އެއް ސަރުކާރުން އެހެން ޤައުމެއްގެ ސަރުކާރަށް ފޮނުވާ މަންދޫބެއް. 2. އެމްބެސެޑަރަކަށް ވުރެ މަޤާމުގެ ފެންވަރު ދަށް ޑިޕްލޮމެޓިކް މިނިސްޓަރެއް.
envy
އެންވީ. ނ. 1. އެހެން މީހަކަށް ލިބިފައިވާ ކަމެއް ނުވަތަ އެއްޗެއް ތިމާއަށް ލިބޭނަމައޭ ހިތަށް އަރައި އުފެދޭ ހިތްހަމަ ނުޖެހުމުގެ ޝުޢޫރެއް. ހަސަދަވެރިކަން. 2. ހަސަދަވެރިވާ ކަން ނުވަތަ އެތި. މ. އޭނާގެ ކާރަކީ އަވަށްޓެރީންގެ ހަސަދައެވެ. —ކ. އެއްޗަކާ ނުވަތަ މީހާ މެދު ހަސަދަވެރިވުން.
enzyme
އެންޒައިމް. ނ. 1. އެކި ކަންކަން ކުރުމަށް ސެލްތަކުން އުފައްދާ ދިޔައެއް. މ. ހަޖަމުކުރުމަށް ގޮހޮރުގެ ސެލްތަކުން އުފައްދާ ދިޔަ. 2. އެކި ކަންކަން ކުރުމަށް މީހުން އުފައްދާ މި ފަދަ މަޞްނޫޢީ ދިޔަ. މިފަދަ ދިޔަ، ދޮންނަ ކުނޑީގައި ހުރެއެވެ.
epaulette
އެޕޯލެޓް. ނ. ސިފައިން ގަމީސް ފަދަ ބައެއް ކަހަލަ ޔުނިފޯމާއި ގަމީހުގެ ކޮނޑުގައި އަޅާ ޒީނަތްތެރިކަމުގެ ފޮތިކޮޅެއް. ކޮނޑުގައި ޖަހާ މަޚްމާ.
epergne
އިޕާރން. ނ. ކާމޭޒުމަތީގައި ރީއްޗަކަށް ބަހައްޓާ ތައްޓެއް. މި ތަށިން ނުކުމެފައިވާ ހޯލިކަތެއް ފަދަ ދަނޑިކޮޅުތަކެއްގައި މައު ނުވަތަ މޭވާ ބެހެއްޓުމަށް އެހެން ކުދި ތަށި ހަރުކޮށްފައި ހުރެއެވެ.
ephedrine
އެފިޑްރިން. ނ. ނޭފަތުން ފެން ފައިބާތީ ނުވަތަ އެލާރޖިކް ވެގެން ބޭނުންކުރާ ޑަކްޓަރީ ބޭހެއް.
ephemeral
އިފެމެރަލް. ނއ. ވަރަށް މަދު ދުވަސްކޮޅަކު ނުވަތަ ވަގުތުކޮޅަކު ހުންނަ. މ. އިފެމެރަލް ގަސްގަހަކީ ދެތަނޑިމާ ފަދައިން އެއް ފަހަރު މާ އަޅާފައި މަރުވާ ގަހެވެ. ގިނަ މަޝްހޫރު ކަމަކީ ވެސް އިފެމެރަލް ކަމެކެވެ.
epic
އެޕިކް. ނ. 1. އިހުގައި ވެދިޔަ ކަމަކާ ގުޅޭ މޮޅު ބަޠަލުން ހިމެނޭ ދިގު އަދަބީ އުފެއްދުމެއް (ފޮތެއް ނުވަތަ ފިލްމެއް ނުވަތަ ޅެމެއް). ހަމާސާ. މަހާކާވީ. 2. މިފަދަ ވާހަކައެއް، އެޕިކެއް ލިޔުމަށް އެކަށީގެންވާ ކަމެއް. ނުރަސްމީ ބަހުރުވައިން ވަރަށް ބޮޑު، ވަރަށް ރަނގަޅު. –ނއ. އެޕިކް އަކާ ވައްތަރު. ވަރަށް ބޮޑު.
epicentre
އެޕިސެންޓަރ. ނ. އެޓަމް ބޮމެއް ގޮވާއިރު ނުވަތަ ބިންހެލުމަކާ ސީދާ ދިމާވާ ބިންމަތީގެ ތަން.
epicure
އެޕިކިޔޮރ. ނ. މަތީފެންވަރުގެ ކެއުމާއި ރަލަށް (ބައެއް ފަހަރު އަދަބީ އުފެއްދުމަށް) ދަހިވެތި މީހެއް.
epicurean
އެޕިކިޔޫރިއަން. ނއ. އަރާމާއި ހިއްސުތަކުގެ އުފަލަށް ގެއްލިފައިވާ. މ. އެޕިކިޔޫރިއަން މީހެއް.
epidemic
އެޕިޑެމިކް. ނ. ވަކި ވައްތަރެއްގެ ބައްޔެއް އެތައް ބަޔަކަށް އެއްފަހަރާ ޖެހި އަވަހަށް ފެތުރި ފާޅުވުން. ރޯގާ.
epidermis
އެޕިޑާރމިސް. ނ. ހަމުގެ ބޭރު ފަށަލަ.
epidural
އެޕިޑިއުރަލް. ނ. މައިބަދައިގެ އެތެރައަށް، ތިރީކޮޅު ވާގިނެތި، ހޭނެތި ވުމަށް ޖަހާ އިންޖެކްޝަނެއް. ނއ. މިފަދަ ހޭނައްތާ ބޭހާ ބެހޭ.
epigram
އެޕިގްރާމް. ނ. ކުރުކޮށް މޮޅު ވާހަކައެއް ނުވަތަ ޚިޔާލެއް ފާޅުކުރާ ބުނުމެއް ނުވަތަ ޅެމެއް. ސާޚިރު.
epilepsy
އެޕިލެޕްސީ. ނ. ނާރުތަކަށް ޖެހޭ ބައްޔެއް. މި ބަލީގައި މީހާގެ ބާރެއް ނެތި މަސްތަކަށް ބާރު އަރާ ބައެއް މީހުން ވެއްޓި ޚަބަރު ހުސްވެއެވެ. ބޮޑުތުރާ. ވެއްޓޭބަލި. ނއ. ނ. epileptic.
epilogue
އެޕިލޮގް. ނ. ފޮތެއް ނިމޭއިރު އޭގެ އެންމެ ފަހަތުބައެއްގެ ގޮތުގައި ހިމަނާ އިތުރު ބައެއް. ވާހަކައެއް ނަމަ، މިބައިގައި ފަހުން ވާހަކައިގައި އުޅޭ މީހުންނަށް ވީގޮތް ބަޔާންކުރެއެވެ.
Epiphany
އިޕިފަނީ. ނ. 1. ޖަނަވަރީގެ 6 ވަނަ ދުވަހު ނަޞޯރާއިން ފާހަގަކުރާ ޢީދެއް. ފާހަގަކުރެވެނީ ޢީސާގެފާނު ކުޑަފުޅު އިރު، ޒިޔާރަތްކުރި މާތް ބަޔަކަށް ދެއްކެވި މުނާސަބާއެވެ. 2. ތިމާއަށް ވަރަށް މުހިއްމު ކަމެއް އޮޅުން ފިލާ، އިލްހާމްވާ ވަގުތު.
episcopal
އިޕިސްކޮޕަލް. ނއ. ނަޞާރާ ފައްޅިތަކުގެ ބިޝޮޕުންނާ ގުޅޭ. ބިޝޮޕުން ހިންގާ ފައްޅި.
Episcopalian
އިޕިސްކޮޕޭލިއަން. ނއ. އިޕިސްކޮޕަލް ފައްޅިއާ ބެހޭ. —ނ. އެފަދަ ފައްޅިއެއްގެ މެންބަރެއް.
episiotomy
އެޕިސިއޮޓޮމީ. ނ. ވިހެއުމަށް ލުޔަކަށް، ފަރުޖުގެ އަރިމަތިން ތިރިން ކަފާލާ ތަންކޮޅެއް.
episode
އެޕިސޯޑް. ނ. 1. ވަކި ހާދިސާއެއް ނުވަތަ ގުޅިފައިވާ ހާދިސާތަކެއް. ދާސްތާން. 2. ވާހަކައެއްގެ ވަކި ހާދިސާއެއް. 3. ސިލްސިލާ ވާހަކައެއް ނުވަތަ ޝޯއެއްގެ ބައެއް.
epistle
އިޕިސްޓްލް. ނ. 1. ހެއްވާ ބަހުރުވައިން ސިޓީއެއް. 2. އެންމެ ފުރަތަމަ ނަޞާރާދީނަށް ވަން މީހުން ފަހުގެ މީހުންނަށް ލިޔެފައިވާ ސިޓީތަކުން އެއްޗެއް. މިއީ ފަހުގެ އިންޖީލުތަކުގައި ހިމެނޭ ސިޓީތަކެކެވެ.
epitaph
އެޕިޓާފް. ނ. މަހާނަގަލުގައި ލިޔާ ލިޔުންކޮޅު. މަރުވެފައިވާ މީހަކާ ބެހޭގޮތުން ލިޔާ ކުރު ލިޔުމެއް.
epithet
އެޕިތެޓް. ނ. ސިފަހާމަކުރާ ލަފުޒެއް ނުވަތަ ޢިބާރާތެއް. މ. އޭނާ އަބަދުވެސް އިންކާރުކުރާތީ އެޕިތެޓް އެއްގެ ގޮތުގައި މިސްޓަރ ނޯ ގެ ލަގަބު ލިބުނެވެ.
epitome
އިޕިޓަމީ. ނ. އެއްޗަކުން ހާމަކުރާ ސިފައެއްގެ އެންމެ ލާމަސީލު ނަމޫނާ. ބޮޑު އެއްޗެއްގެ ޙަޤީޤީ ސިފަ ދައްކައިދޭ ކުޑަ ނަމޫނާއެއް. މި ލަފުޒު މީހުންނަށް ވެސް ބޭނުންކުރެއެވެ. މ. އޭނާއަކީ ބަނިޔާދަން ކަމުގެ އިޕިޓަމީއެވެ.
EPNS
ކުރުކޮށް އިލެކްޓްރޯޕްލޭޓިޑް ނިކަލް ސިލްވަރ. (ބާވަތެއްގެ މަޢުދަނެއް).
epoch
އީޕޮކް. ނ. ތާރީޚްގެ ވަކި ދުވަސްވަރެއް. ނއ. epoch-making ތާރީޚީ އައު ޒަމާނެއް ނުވަތަ ދައުރެއް ފެށޭ ފަދަ ޚާއްޞަ ނުވަތަ އާދަޔާޚިލާފު.
Epsom salts
އެޕްސަމް ސޯލްޓްސް. ނ. ޖުއްލާބެއްގެ ގޮތުގައި ބޭނުންކުރާ ހިތި ބޭހެއް (މެގްނީޒިއަމް ސަލްފޭޓް).
equable
އެކްވަބްލް. ނއ. 1. ބަދަލުނުވާ. ގަދަ ނުވަތަ މަޑު ނޫން. ކުއްލިއަކަށް ބަދަލުނުވާ. މ. މޫސުން. 2. ހިތްގައިމު، ބަނިޔާދަން. (މ. މިޒާޖު). ކއ. equably.
equal
އީކްވަލް. ނއ. 1. އަގުގެ ގޮތުން، ސައިޒުގެ ގޮތުން ނުވަތަ އެހެން ވެސް ސިފައަކަށް ބަލާއިރު އެއްވަރު. ހަމަ. ބަރާބަރު. 2. އެއް ޙައްޤުތަކަކާއި ޤަދަރު ލިބިގެންވާ. 3. ފުދޭވަރަށް ކެރުމާއި، ޤާބިލްކަމާއި ބާރު ލިބިގެން ވުން. މ. އޭނާ އެ މަސައްކަތާ އީކްވަލް އެވެ = އެ މަސައްކަތް އޭނާއަށް ކުރެވޭ ވަރަށް ޤާބިލްކަން ލިބިގެން ވެއެވެ. —ނ. އެހެން އެއްޗަކާ ނުވަތަ މީހަކާ އެއްވަރު އެއްޗެއް ނުވަތަ މީހެއް. ކ. equal 1. އެއްވަރުވުން. 2. އެހެން އެއްޗަކާ އެއްވަރުގެ އެއްޗެއް އުފެއްދުން ނުވަތަ ޙާޞިލްކުރުން. —ކއ. equally.
equalitarian
އިކްވަލިޓޭރިއަން. ނ. egalitarian މި ލަފުޒާ އެއް މާނައެއް.
equality
އިކްވަލެޓީ. ނ. އެއްވަރުވެގެންވުން. ބަރާބަރުވުން. ހަމަވުން.
equalize
އިކްވެލައިޒް. ކ. 1. އެއްވަރުކުރުން ނުވަތަ އެއްވަރުވުން. 2. ކުޅިވަރުގައި އިދިކޮޅު ޓީމާ އެއްވަރު ކުރުން (ލަނޑު ހަމަކުރުން). ނ. equalization. –equalizer އެއްވަރުކުރަން ޖެހި ލަނޑު.
equanimity
އެކްވެނިމިޓީ. ނ. އުނދަގޫ ދަތި ހާދިސާއަކަށް ފަހު، ނުވަތަ ސިހުމެއް ލިބުމަށް ފަހު ވެސް، ސިކުނޑީގެ ހަމަހިމޭންކަން. މިޒާޖާއި ފިކުރުގެ މަޑުމައިތިރިކަން.
equate
އިކްވޭޓް. ކ. ދެ އެއްޗެއް އެއްވަރުކަމަށް، ހަމަކަމަށް ވިސްނުން.
equation
އިކްވޭޝަން. ނ. 1. ހިސާބު ޢިލްމުގެ ދެ އިކްސްޕްރެޝަން އެއްވަރުކަމަށް (= މި ނިޝާން ބޭނުންކޮށްގެން) ލިޔެފައިވާ ޖުމުލައެއް. މުޢާދަލާ. 2. ދެ އެއްޗެއް އެއްވަރުކުރާ ކުރުން.
equator
އިކްވޭޓަރ. ނ. ދުނިޔޭގެ ދެ ތަނޑިން އެއް ދުރުމިނެއްގައި ދުނިޔެ ވަށައިގެން ދަމާ ޚިޔާލީ ރޮނގެއް. އިސްތަވާ.
equatorial
އެކްވެޓޯރިއަލް. ނއ. އީކްވޭޓަރ އާ ބެހޭ ނުވަތަ އީކްވޭޓަރ އާ ގާތުގައި. Equatorial Guinea އެފްރިކާގެ ހުޅަނގު ފަރާތުގައިވާ ޤައުމެއް.
equerry
އެކްވެރި. ނ. ޝާހީ އާއިލާގެ މީހަކަށް ރަސްމީ ކަންތައްތަކުގެ އެހީތެރިވާ މީހެއް.
equestrian
އިކްވެސްޓްރިއަން. ނއ. އަސްދުއްވުމާ ބެހޭ. —ނ. އަސްދުއްވުމުގެ މާހިރެއް.
equidistant
އީކްވިޑިސްޓަންޓް. ނއ. (ދެތަން) އެއްވަރުގެ ދުރުމިނެއްގައި. އެއް ރާސްތާއެއްގެ ދުރުމިނުގައި.
equilateral
އީކްވިލެޓަރަލް. ނއ. ހުރިހާ ފަރާތެއްގެ ދިގުމިން އެއްވަރު.
equilibrium
އެކްވިލިބްރިއަމް. އީކްވިލިބްރިއަމް. ނ. 1. އެއްވަރު ވުމުގެ ޙާލަތެއް. ވަޒަނުގެ ހަމަހަމަކަން. 2. ފިކުރު އާއި ވިސުނުން ހަމަހިމޭން ޙާލަތެއް.
equine
އެކްވައިން. ކއ. އަހާ ބެހޭ. އަހާ ވައްތަރު، އަހުގެ.
equinox
އެކްވިނޮކްސް. ނ. އަހަރުގެ ތެރޭގައި އަންނަ ރޭގަނޑާއި ދުވާލުގެ މުއްދަތު އެއްވަރު ދެ ދުވަސް. މި ދެދުވަސް އަންނަނީ މާރޗް މަހާއި ސެޕްޓެމްބަރުގައެވެ. ނއ. އިކްވިނޮކްޝަލް equinoctial.
equip
އިކްވިޕް. ކ. ތަނަކަށް ނުވަތަ މީހަކަށް، ވަކި ކަމެއް ކުރުމަށް ބޭނުންވާ ސާމާނު ހޯދައިދިނުން. ބޭނުންވާ ތަކެތި ދިނުން.
equipment
އިކްވިޕްމަންޓް. ނ. 1. ބޭނުންވާ ތަކެތި ހޯދައިދިނުމުގެ ޢަމަލު. 2. ވަކި ކަމަކަށް ބޭނުންވާ އާލަތްތަކާއި ހަތިޔާރާއި ސާމާނު ފަދަ ތަކެތި.
equipoise
އެކްވިޕޮއިޒް. ނ. ހުރިހާ ކަމެއް ބަރާބަރަށް މީޒާންވެ ހަމަހަމަ ވެފައިވާ ޙާލަތެއް.
equitable
އެކްވިޓަބްލް. ނއ. ހުރިހާ އެންމެންނާ ދޭތެރޭ އެއްގޮތަކަށް އެއް ހަމައިން ކަންކަން ކުރާ. ކއ. equitably.
equity
އެކްވިޓީ. ނ. 1. ހަމަހަމަކަން، ވަކި ފަރާތަކަށް ބުރަ ނުވުން. 2. އެކްޓަރުންގެ މުއައްސަސާއެއް. the Equity. 3. ކުންފުންޏެއްގެ ޙިއްޞާ ނުވަތަ ސްޓޮކް (އިންޓަރެސްޓް ނުހިމެނޭ). ބިމެއް، ޢިމާރާތެއް ފަދަ ތަނެއްގެ އަގު (މޯގޭޖްދެއްކުމަށް ފަހު). މި މާނައަށް އިޝާރާތް ކުރަނީ ޢާއްމުކޮށް equities މިލަފުޒުންނެވެ.
equivalent
އިކްވިވެލަންޓް. ނއ. އަގު، ބޭނުންތެރިކަން، މާނަ، ފެންވަރު ފަދަ ކަންކަން އެއްގޮތް. —ނ މާނަ އެއްގޮތް ލަފުޒެއް ނުވަތަ އެހެން ވެސް ސިފައެއް އެއްގޮތް އެއްޗެއް. ނ. equivalence.
equivocal
އިކްވިވޮކަލް. ނއ. 1. ދެ މާނައެއް ދޭހަވާ. އޮޅުން އަރާ. ސާފުނޫން. މ. އޭނާ ޚަބަރަށްދިން އިންޓަރވިޔޫ އަކީ ޤަޞްދުގައި އިކްވިވޮކަލް ބަޔާނެކެވެ. 2. ޝައްކުކުރެވޭ. ސުވާލު އުފެދޭ. މ. އިކްވިވޮކަލް އަޚްލާޤެއް ހުރި މީހެއް. ކއ. equivocally.
equivocate
އިކްވިވޮކެއިޓް. ކ. ޢާއްމުކޮށް ސިއްރެއް ފާޅު ނުކުރުމަށް، ވާހަކަ ދައްކާއިރު ދެ މާނައެއް ދޭހަވާގޮތަށް ސާފުނުވާ ގޮތަށް ވާހަކަދެއްކުން. މީހާ ތާއީދުކުރާ ގޮތް ހާމަ ނުކުރާގޮތަށް އެއްޗެއް ބުނުން. ނ. equivocation.
ER
އީއާރ. ނ. ކުރުކޮށް Elizabeth Regina ލެޓިން ބަހުން ކްއީން އިލިޒަބަތް.
era
އީރާ. ނ. ތާރީޚްގެ ވަކި ދުވަސްވަރެއް. ދައުރު. މ. އަމީންގެ އީރާ.
eradicate
އިރެޑިކެއިޓް. ކ. ނުރަނގަޅު އެއްޗެއް މުޅިން ނައްތާލުން، ފުހެލުން. ނ. eradication.
erase
އިރެއިޒް. ކ. އުނގުޅައިގެން ނުވަތަ އެހެންގޮތަކުން ނަމަވެސް ފުހެލުން. މ. ލިޔެފައިވާ ލިޔުމެއް، ކަނޑާނަގައިވާ ކުރެހުމެއް. ރެކޯޑުކޮށްފައިވާ ލަވައެއް.
eraser
އިރެއިޒަރ. ނ. ފަންސުރުން ލިޔެފައި ހުންނަ ތަކެތި ފުހެލަން ގެންގުޅޭ ރަބަރުކޮޅެއް. ފުހޭ ރަބަރު.
erect
އިރެކްޓް. ނއ. 1. ކޮޅަށް ހުންނަ، ތެދަށް ހުންނަ، އޮލަނބުކޮށް. 2. (ހަށިގަނޑުގެ ގުނަވަނަކާ މެދު) ޖިންސީ އެދުވެރިކަމާ ގުޅިގެން ފަލަވެ، ހަރުއަރާ. ކޮޅުވާ. —ކ. ތެދުކުރުން. ކޮޅަށް ޖެހުން. ބިނާކުރުން، ޢިމާރާތްކުރުން. ނ. erector.
erectile
އިރެކްޓައިލް. ނއ. (ހަށިގަނޑުގެ ބައިތަކަށް ނިސްބަތްކޮށް) ޖިންސީ އެދުންވެރިކަމާ ގުޅިގެން، ބޮޑުވެ ހަރުއަރާ.
erection
އިރެކްޝަން. ނ. 1. ތެދުވުން، ކޮޅަށްޖެހުން. 2. ތެދަށް ޖަހާ އެއްޗެއް. މ. ޢިމާރާތެއް، ހަރެއް. 3. ޖިންސީ އެދުވެރިކަމާ ގުޅިގެން، ބޮޑުވެ ހަރު އެރުން، ޚާއްޞަކޮށް ޒަކަރު.
ergonomics
އާރގޮނޮމިކްސް. ނ. އެންމެ ފަސޭހައިން އެންމެ ރަނގަޅު ނަތީޖާ ނެރެވޭ ގޮތަށް ކަންކަންކުރުމަށް، މަސައްކަތާއި މާހައުލާއި މަސައްކަތް ކުރާ ގޮތް ދެނެގަންނަ ޢިލްމު.
ergot
އާގޮޓް. ނ. ރައީ ފަދަ ބައެއް ގޮވާންއޮށުގައި އަޅާ ފަންގަސް އެއް. މި ފަންގަސް ބޭހުގެ ގޮތުގައި ބޭނުން ކުރެއެވެ.
erigeron
އިރިޖަރޯން. އެރިޖަރޯން. ނ. ޑޭޒީ މައު ވައްތަރުގެ މަލެއްއަޅާ ގަހެއް.
ermine
އާރމިން. ނ. 1. ފިނި ހިސާބުތަކުގައި އުޅޭ ޖަނަވާރެއް. މި ޖަނަވާރުގެ ހަންގަނޑުގައި ފަޅާ ކެހެރި ފިނިމޫސުމުގައި ހުދުވެއެވެ. 2. މި ޖަނަވާރުގެ ކެހެރިގަނޑު. މިއީ އަގުބޮޑު ޖުއްބާތަކުގައި ރީއްޗަކަށް ހަރުކުރާ ކެހެރިގަނޑެކެވެ.
erode
އިރޯޑް. ކ. ކޭއްތުމުގެ ސަބަބުން ނުވަތަ އެހެން ސަބަބަކާ ހުރެ، ގޭނިގެން ނުވަތަ ގިރިގެން ދިއުން. މ. މީހުން ހިނގާހިނގާ ހިރިގަލުގެ ހަރުފަތްބަރިއެއް ގޭނުން. ނ. erosion. އިރޯޜަން.
erogenous
އިރޯޖިނަސް. ނއ. ޚާއްޞަކޮށް ބީހުމުން ޖިންސީ އެދުންވެރިކަން އުފައްދާ.
erotic
އިރޮޓިކް. ނއ. ޖިންސީލޯތްބާ ބެހޭ. ޖިންސީ އެދުންވެރިކަން އުފައްދާ. ޝަހުވާނީ. ކއ. erotically.
err
އާރ. ކ. 1. ކުށެއް ޖެހުން (ހެދުން). ނުބައިކޮށް ކަން ކުރެވުން. 2. ފާފައެއް ކުރުން.
errand
އެރަންޑް. ނ. 1. ކުރު ދަތުރެއް. ޚާއްޞަކޮށް މެސެޖެއް މީހަކަށް ދިނުމަށް ނުވަތަ ތަނަކުން އެއްޗެއް ބަލާ. 2. ދަތުރެއްގެ މަޤްޞަދު. errand of mercy ބަޔަކަށް އެހީވާން ނުވަތަ ބައެއްގެ ދަތިތަކެއް ފިލުވަން ކުރާ ދަތުރު.
errant
އެރަންޓް. ނއ. 1. ނުބައި ގޮތަކަށް އުޅުން، ޚާއްޞަކޮށް ގެއަށް ނައިސް އުޅުން. މ. އެރަންޓް ފިރިން. އެރަންޓް ދަރިން. 2. އެކި ކަންކަމާ ކުރިމަތިލާން މަންޒިލެއް ނެތި ކުރާ ދަތުރު. މ. އެރަންޓް އަސްވާރުން.
erratic
އިރެޓިކް. ނއ. ޢާއްމު ނޫން ދިމާލަކަށް ނުވަތަ ޔަޤީން ނޫން ދިމާލަކަށް ނުވަތަ ހީނުކުރާދިމާލަކަށް ދަތުރުކުރުން ނުވަތަ އެގޮތަށް އުޅުން. އިރެޓިކް ރޮކެޓެއް. ކއ. erratically.
erratum
އިރާޓަމް. ލިޔެފައި ނުވަތަ ޗާޕުކޮށްފައިވާ އެއްޗެއްގައިވާ ކުށް. Corrigendum އާ އެއް މާނައެއް.
erroneous
އިރޯނިއަސް. ނއ. ނުރަނގަޅު، ކުށްޖެހިފައިވާ. މ. އިރޯނިއަސް ޤަބޫލުކުރުމެއް. ކއ. erroneously.
error
އެރަރ. ނ. 1. ކުށެއް. މ. މިލިޔުމުގައި އިމްލާ އެރަރ ގިނައެވެ. 2. އުޅުމުގައި ނުވަތަ ޚިޔާލުގައި ކުށްޖެހިފައިވާ ޙާލަތް. 3. މިނާ ނުވަތަ ގުނާ އެއްޗެއްގައި ޖެހޭ ކުށުގެ މިންވަރު. މ. މި ތަރާދުން ކިރާ ކޮންމެ އެއްޗެއްގައި %2 އެރަރ ޖެހެއެވެ. in error ކުށުން.
Erse
އާރސް. އަޔަރލަންޑްގައި ވާހަކަ ދައްކާ އުޅޭ ބަހެއް. ނއ. Erse އާ ބެހޭ.
erstwhile
އާރސްޓްވައިލް. ނއ. ކއ. ކުރިން. ކުރީގެ. މ. ސިޔާސީ ކަންކަމުގައި އާރސްވައިޓް ހަތުރުން، ރައްޓެހީންނަށް ވެއެވެ.
erudite
އެރޫޑައިޓް. ނއ. މަދު ބަޔަކަށް މެނުވީ ނުވާހާ މަތީ ފެންވަރަކަށް ޢިލްމު ލިބިފައިވާ ނުވަތަ އެކަން ހާމަވާ. ނ. އެރޫޑިޝަން. erudite.
erupt
އިރަޕްޓް. ކ. 1. ކުއްލި ގޮތަކަށް ފަޅައިގެންދިއުން ނުވަތަ ފެށުން. މ. އަލިފާން ފަރުބަދައެއް އިރަޕްޓްވުން. 2. ހަމުގައި ލައްތަކެއް ޖެހުން. 3. ތިމާގެ އިޙްސާސްތައް އަޑުގަދަކޮށް ކުއްލިގޮތަކަށް ފާޅުކުރުން. ގޮވުން. ނ. eruption.
eruptive
އިރަޕްޓިވް. ނއ. 1. ގޮވަމުންދާ. ގޮވާފާނެ. 2. ގޮވުމުން އުފެދިފައިވާ ނުވަތަ ގޮވުން ސިފަވާ.
erysipelas
އެރިސިޕިލަސް. ނ. ބެކްޓީރިއާ އެއްގެ ސަބަބުން ހަންގަނޑު ދުޅަވާ ބައްޔެއް.
escalate
އެސްކަލެއިޓް. ކ. 1. ކުރިއަށް ވުރެ އެއްޗެއްގެ ފެތުރުން ނުވަތަ ތޫނުކަން މަތިވުން ނުވަތަ މަތިކުރުން. 2. ކަމެއް ކުރިއަށް ވުރެ ސީރިއަސް ކުރުވުން. 3. އެއްޗެއް މައްޗަށް އެރުވުން ނުވަތަ އެރުން. ނ. escalation.
escalator
އެސްކަލެއިޓަރ. ނ. ތަނެއްގެ މަތީ ބުރިއަށް އެރުމަށާއި ތިރިއަށް ފޭބުމަށް މީހުން އޭގެ މައްޗަށް އަރާ ކަރަންޓުން ދުއްވާ ސިޑިބަރިއެއް.
escallonia
އެސްކެލޯނިއާ. ނ. ޑޭޒީމަލާ ވައްތަރު މަލެއް އަޅާ ތިރީގައި ހެދޭ ގަހެއް.
escalope
އެސްކަލޮޕް. ނ. ކަށިނެތް ތުނި މަސްފޮއްޗެއް.
escapade
އެސްކެޕެއިޑް. ނ. ފިކުރެއް ނެތި ކުރާ، ނުރައްކަލެއް ނުވަތަ މަޖަލެއް ހިމެނޭ، އާއްމުކޮށް ނުކުރާ ސިޔާސަ ކަމެއް. މ. އޭނާގެ އެންމެ ފަހުގެ އެސްކެޕެއިޑް އަކީ އެކަނި ދަންވަރު މަހަށް ނުކުތުން.
escape
އެސްކެއިޕް. ކ. 1. މީހެއްގެ ކޮންޓްރޯލުން ނުވަތަ ބަންދުން އަމިއްލައަށް ސަލާމަތްވެގަތުން. 2. ކަންވާރަކުން ގޭސް ނުވަތަ ދިޔައެއް ނުކުތުން. 3. ހައްޔަރަކުން، އަދަބަކުން ފަދަ ކަމަކުން ސަލާމަތްވެގަތުން. 4. ހަނދާންނެތިގެން ދިއުން ނުވަތަ ފާހަގަ ނުކުރެވުން. މ. އޭނާގެ ނަން އަހުރެންނަށް އެސްކެއިޕް ވެއްޖެ. 5. (ސިއްރެއް ނުވަތަ ލަފުޒުތަކެއް) ބޭއިޚްތިޔާރުގައި ބުނެވުން. —ކ. 1. އެސްކެއިޕް ވުމުގެ ޢަމަލު. ސަލާމަތްވުން. 2. އެސްކެއިޕް ވާނޭ މަގު ނުވަތަ ގޮތް. 3. ޙަޤީޤީ ދުނިޔެއިން ނުވަތަ މޮޅިވެރިކަމަކުން، ވަގުތީގޮތުން އެއްކިބާވުން. ނ. escaper. escape clause އެއްބަސްވުމަކުން ސަލާމަތްވެގަންނަން ހިމަނާ މާއްދާއެއް. escape-hatch ބޯޓަކުން ނުވަތަ އެހެންވެސް އެއްޗަކުން ކުއްލި ގޮތަކަށް ނުކުންނަށް ހުންނަ ކުޑަ ދޮރެއް. escape velocity ގްރެވިޓީގެ ބާރުން ނުކުމެގެން ކައުނުގެ ތެރެއަށް ދިއުމަށް ދަތުރުކުރަންޖެހޭ އެއްޗެއްގެ އެންމެ ދަށް ދުވެލި.
escapee
އެސްކޭޕީ. ނ. ފިލާއުޅޭ މީހެއް. ތަނަކުން ރައްކާވެގެން ފިލައިގެން އުޅޭ މީހެއް.
escapement
އެސްކެއިޕްމަންޓް. ނ. ޗާބީދޭ ގަނޑިއެއްގައި އެއް މުއްދަތަކުން ދައުރުވާ ގޮތަށް ހަދާފައި ހުންނަ ބައެއް. ފުއް ނިކުމެފައި ހުންނަ ސޯބެއްގައި ޖެހިފައި ހުންނަ ފާލެއް އެޅޭ ބައެއް.
escapist
އެސްކެޕިސްޓް. ނ. ހިޔާލީފޮލައާއި މުނިފޫހިފިލުމުގައި މަޝޣޫލުވެގެން، ދުނިޔޭގެ ޙަޤީޤީ ދިރިއުޅުމުން އެއްފަރާތްވެގެން އުޅޭހިތްވާ މީހެއް. ނ. escapism.
escargot
އެސްކާގޯ. އިސްކާގޯ. ނ. ފަރަންސޭސީން ކައި އުޅޭ ފިނިހަކެއް.
escarpment
އިސްކާޕްމަންޓް. ނ. ތިރި ފަރުބަދަތަކެއް ނިމޭކޮޅުގައި އޮންނަ ގުންޑޮޅި ކެނޑޭގޮތަށް ސީދަލަށް ތިރިއަށް ފައިބާފައި އޮންނަ ތަން.
eschew
އިސްޗޫ. އެސްޗޫ. ކ. ބައެއް ބާވަތުގެ ޢަމަލުތަކުންނާއި ކާނާއިން އެއްކިބާވުން.
eschscholtzia
އިސްކޯޝާ. ނ. ކެލިފޯނިއާގައި ހެދޭ ޕޮޕީއެއް.
escort 1
އެސްކޯޓް. ނ. 1. ރައްކާތެރިކަމަށް ނުވަތަ ޤަދަރުދިނުމަށް އެހެން މީހަކާއެކު ނުވަތަ ބޯޓަކާ އެކުގައި ދާ މީހާ ނުވަތަ ބޯޓު. 2. އަނެއް ޖިންސްގެ މީހަކާ އެކުގައި ތަންތަނަށް ގޮސް އުޅޭ މީހާ.
escort 2
އިސްކޯޓް. ކ. އެސްކޯޓެއްގެ ގޮތުގައި ޙަރަކާތްތެރިވުން (މަތިބަލާ!).
escritoire
އެސްކްރިޓްވާ. ނ. ވަތްގަނޑުތަކާ އެކު ހުންނަ ލިޔާ މޭޒު.
escudo
އެސްކިޔޫޑޯ. ނ. ޕޯޗުގަލްގެ ފައިސާގެ ނަން.
escutcheon
އިސްކަޓްޗަން. ނ. 1. އޮމާން ތެދު މަޢުދަން ކޮޅެއް. މ. ތަޅެއްގެ ތަޅުދަނޑިވަޅާއި އަތްގަނޑުގެ ވަށައިގެން ވާ މަޢުދަން ކޮޅު. 2. އާއިލާއެއްގެ ނުވަތަ މުއައްސަސާގެ ނިޝާނެއްގެ ގޮތުގައި ބޭނުން ކުރާ ކުރެހުންތަކެއް ކަނޑާނަގާފައި ހުންނަ ބެޖު. a blot on one’s escutcheon މީހެއްގެ ގަދަރަށް އުނިކަމެއް ލިބޭ ލައްގަޑެއް.
Eskimo
އެސްކިމޮއު. ނ. 1. އިރުމަތީ ސައިބީރިއާ އާއި އުތުރު އެމެރިކާ ގައި، ދުނިޔޭގެ އުތުރު ތަނޑާ ގާތުގައި ދިރިއުޅޭ ޤަބީލާގެ މީހެއް. 2. އެމީހުންގެ ބަސް.
esoteric
އީސަޓެރިކް. ނއ. ވަރަށް މަދު ބަޔަކަށް އެނގޭނޭ، ނުވަތަ ޚާއްޞަ ޢިލްމެއް ލިބިފައިވާ ބަޔަކަށް އެނގޭނޭ ނުވަތަ ރުހެވޭނޭ. ނާދިރު.
ESP
ކުރުކޮށް extra-sensory perception ހިއްސުންތަކުގެ ބޭރުން ކަންކަން އެނގުން.
espadrille
އެސްޕެޑްރިލް. ނ. ރިޔާކަނޑާ ފޮތިން މަތީބައި ހަދައި، ތިރީބައި ރޯނުން ނުވަތަ ވަލުން ހަދައިފައި ހުންނަ އިނގިލިތައް ފޮރުވޭ ފައިވާނެއް.
espalier
އިސްޕެލިއަރ. ނ. 1. ބައެއް ބާވަތުގެ ގަސް ވަކި ސިފައަކަށް ހެއްދުމަށް ބޭނުންކުރާ ގިޔުގަނޑެއް. 2. މިފަދަ ގިޔުގަނޑެއްގައި ހައްދާފައިވާ ގަހެއް.
esparto
އެސްޕާޓޯ. ނ. ސްޕެއިން އާއި އުތުރު އެފްރިކާގައި ހެދޭ ކަރުދާސް ހެދުމަށް ބޭނުންކުރާ ވިނައެއް.
especial
އިސްޕެޝަލް. ނއ. 1. ވަކިން ޚާއްޞަ. 2. ވަކި މީހަކަށް ނުވަތަ އެއްޗަކަށް ޚާއްޞަ
especially
އިސްޕެޝަލީ. ކއ. އެންމެ ބޮޑުކޮށް، އެހެން ތަކެއްޗަށް ވުރެ ބޮޑަށް.
Esperanto
އެސްޕަރަންޓޯ. ނ. ދުނިޔޭގެ ހުރިހާ ޤައުމަކުން ބޭނުން ކުރުމަށް 1887 ގައި އުފެއްދި ބަހެއް.
espionage
އެސްޕިއަނާޖް. ނ. ސިއްރު މަޢުލޫމާތު ހޯދުމަށް ޖާސޫސުން ބޭނުންކުރުމުގެ ޢަމަލު.
esplanade
އެސްޕްލެނެއިޑް. ނ. ޚާއްޞަކޮށް ކަނޑާ ގާތުގައި، މީހުންގެ އުފަލަށް، ހިނގުމަށް ނުވަތަ ދުއްވުމަށް ހަދާފައިވާ ފުޅާ އަޑިގުޑަންކަމެއް ނެތް މަގެއް.
espouse
އެސްޕައުޒް. އިސްޕައުޒް. ކ. 1. ޚިޔާލަކަށް ނުވަތަ ޙަރަކާތަކަށް ތާއީދުކުރުން ނުވަތަ އެކަމާ ބައިވެރިވުން. 2. ކައިވެނިކުރުން. މީހަކާ ދެވުން. ނ. espousal.
espresso
އެސްޕްރެސޯ. ނ. 1. ކޮފީ (ގަހުވަ) ކުނޑީގެ ތެރެއިން އާވި ފޮނުވައިގެން ކޮފީ ހެދުމަށް ބޭނުން ކުރާ މެޝިނެއް. 2. މިގޮތަށް ހަދާ ކޮފީ. 3. އެފަދަ ކޮފީ ވިއްކާ ތަނެއް.
esprit de corps
އެސްޕްރީޑިކޯ. ނ. ޖަމާޢަތެއްގެ މެންބަރުންގެ މެދުގައި ގުރޫޕަށް އޮންނަ ވަފާތެރިކަމާއި އިޚްލާޞްތެރިކަމުގެ ރޫޙް.
espy
އެސްޕައި. ކ. ކުއްލިއަކަށް އަދި ހީނުކުރަނީސް، އެއްޗެއް ފެނުން، ޚާއްޞަކޮށް ދުރުގައިވާ އެއްޗެއް. މ. ކިޑިކީން ބަލާލުމުން މާދުރުން މީހަކު ހަނާއަޅާތައް އެސްޕައި ކުރެވުނެވެ.
Esq
އެސްކް. ކުރުކޮށް Esquire. އިސްކްވަޔަރ. ލަޤަބެއް ނެތް މީހުންގެ ނަމުގެ ފަހަތުގައި އިޙްތިރާމް ކުރުމުގެ ލިޔާ ލަޤަބެއް. މި ލަޤަބު ކޮންމެ މީހެއްގެ ނަމުގެ ފަހަތުގައި ވެސް ލިޔެވިދާނެއެވެ. ކުރީ ޒަމާނުގައި Esquire އަކީ ރަސްކަލަކަށް ނުވަތަ ލަޝްކަރީންގެ ތެރޭގައި ހިމެނޭ ބޮޑަކަށް އެހީތެރިވާ ފިރިހެނެކެވެ.
essay 1
އެސެއި. ނ. 1. ނަޘްރުން ވަކި ސުރުޚީއަކަށް ލިޔާ ކުރު ލިޔުމެއް. މިފަދަ ލިޔުން ގިނައިން ލިޔަނީ ކޯހެއްގެ ބައެއްގެ ގޮތުގައި ދަރިވަރުންނެވެ. މަޒުމޫނު. 2. މަސައްކަތެއް ކުރަން އުޅުން. essayist މަޒުމޫނުލިޔާ މީހެއް.
essay 2
އެސެއި. ކ. ކަމެއްކުރެވޭތޯ ބެލުން.
essence
އެސެންސް. ނ. 1. އެއްޗެއްގެ އެންމެ މުހިއްމު އަސާސީ ޚިޔާލު، ބައި ނުވަތަ ސިފަ. 2. އެންމެ އަސާސީ ސިފަ. އެ ސިފަ ނެތުމުން އެއްޗެއް އެހެން އެއްޗަކަށް އެ ވާނޭ ސިފަ. 3. އަރަގު. ޖައުހަރު. ބައެއް މައު ގަސް ފަދަ ތަކެތި ހޫނުކޮށްގެން ނަގާ ދިޔައެއް. 4. ދިޔާކޮށް ހުންނަ އަތަރެއް.
essential
އިސެންޝަލް. ނއ. 1. އެއާ ނުލާ ނުވާނޭ، ކޮންމެހެން ބޭނުންވާ. ޟަރީރީ. ޖައުހަރީ، އަސާސީ. 2. އެއްޗެއްގެ އެސެންސް އާ ގުޅޭ ނުވަތަ ބެހޭ. މ. ފަނޑިޔާރެއްގެ އިސެންޝަލް ސިފައަކީ އިންސާފުވެރިކަމެވެ. ކއ. essentially. އިސެންޝަލް އޮއިލް. ފަތުން މަލުން ފަދަ އެއްޗަކުން ނަގާ އެއްޗެއްގެ ޙަޤީޤީ ވަސް ހުންނަ ތެޔޮ. essentials ކަމަކަށް ކޮންމެހެން ބޭނުންވާ ސާމާނު.
Essex
އެސެކްސް. ނ. އިނގިރޭސިވިލާތުގެ ކައުންޓީއެއް.
establish
އިސްޓެބްލިޝް. ކ. 1. އެއްޗެއް (މ. ވިޔަފާރިއެއް، ސަރުކާރެއް) ދާއިމަށް ޤާއިމްކުރުން. 2. މީހަކު ވަޒީފާއެއްގައި ނުވަތަ ތަނެއްގައި ހަމަޖެހި ޤާއިމްވުން. 3. ވަކި އާދައެއް ނުވަތަ އީމާނެއް ބަޔަކު ޤަބޫލުކުރާގޮތް ހެދުން. 4. ރަނގަޅުކަމަށް، ތެދުކަމަށް ދެއްކުން. ސުބޫތުކުރުން.
establishment
އިސްޓެބްލިޝްމަންޓް. ނ. 1. އިސްޓެބްލިޝް ކުރުމުގެ ޢަމަލު. 2. ވަކި ބޭނުމަކު ގެންގުޅޭ މީހުންގެ ޖަމާޢަތެއް. 3. މުއައްސަސާއެއް. އެތަނުގެ މީހުންނާއި އެތަނުގެ ޢިމާރާތް. 4. ޤާނޫނުން ޤާއިމްކުރާ ފައްޅީގެ ނިޒާމެއް. 5. މުއައްސަސާއެއް ފަދަ ގުޅުމެއް ނުވަތަ ތަނެއް ޤާއިމްކުރުމުގެ ފިޔަވަޅުތައް. the establishment މިހާރުއޮތް ޙާލަތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ދެކޮޅުހަދާ، ޤައުމެއް ނުވަތަ މުއައްސަސާއެއް ކޮންޓްރޯލް ކުރާ ބާރުގަދަ މުހިއްމު މީހުން. މިބައި މީހުން މަސައްކަތް ކުރާނީ ފަހަތުގައި، މީޑިއާ މެދުވެރިކޮށާއި އެހެން ޙަރަކާތްތައް ހިންގައިގެންނެވެ.
estate
އިސްޓެއިޓް. ނ. 1. އާއިލާއަކަށް ނުވަތަ މުއައްސަސާއަކަށް މިލްކުވެގެންވާ، މީހުން ދަނޑުވެރިކަން ކުރާ ބޮޑު ބިމެއް. 2. މީހަކު މަރުވުމުން، އެމީހާގެ މިލްކުގައިވާ ހުރިހާ އެއްޗެއް. 3. މީހުން ދިރިއުޅޭން ނުވަތަ ކާރުހާނާތަކެއް ހިންގަން ރާވައި ހަދާފައިވާ ސަރަޙައްދެއް. 4. ބޯދާ މާނަ. ޙާލަތު. މ. ކައިވެނީގެ އިސްޓެއިޓް. estate agent ބިމާއި ގެދޮރު ގަނެވިއްކައި ކުއްޔަށް ދިނުމުގެ ވިޔަފާރި ކުރާފަރާތެއް. estate car ފަސިންޖަރުންނާއި މުދައު އުފުލޭގޮތަށް ދިގުކޮށް ހަދާފައި ހުންނަ ކާރު.
esteem
އިސްޓީމް. ނ. 1. މީހަކަށް އޮންނަ އިޙްތިރާމް ނުވަތަ އެމީހަކާ ދޭތެރޭ ރަނގަޅަށް ހީކުރާ ހީކުރުން. 2. ދުށުން. ހީކުރުން. މ. މިތަނަށް އައުމަށް ދަޢުވަތު ލިބުމަކީ އަހުރެން އިސްޓީމްކުރާ ގޮތުގައި ޝަރަފެކެވެ. —ނ. އިއްޒަތު، ޤަދަރު، އިޙްތިރާމް.
ester
އެސްޓަރ. ނ. އެލްކޮހޯލް އާއި އެސިޑެއް ވަކިގޮތަކަށް އެއްވުމުން އުފެދޭ ދިޔައެއް. ބައެއް އެސްޓަރ ތަކުގައި މީރުވަހެއް ހުރެއެވެ.
estimable
އެސްޓިމަބްލް. ނއ. (މީހަކާ ނުވަތަ މީހެއްގެ ޢަމަލަކާ ބެހޭ ގޮތުން) ވަރަށް ރަނގަޅު، ތަޢުރީފު ޙައްޤުވާ. ޤަދަރާއި އިޙްތިރާމް ދޭންޖެހޭ.
estimate 1
އެސްޓިމެއިޓް. ނ. 1. އެއްޗެއްގެ ބަރުދަން، ސައިޒު ނުވަތަ އަގު ފަދަ ސިފައަކާ މެދު ކުރާ ލަފާ. އަންދާޒާއެއް. 2. ވަކި މަސައްކަތެއް ކުރުމަށް ކޮންޓްރެކްޓަރަކު ލަފާކުރާ އަގު. އަންދާޒާ ހިސާބު. 3. އެއްޗެއްގެ ސިފަތަކާ މެދު މީހަކު ދެކޭގޮތެއް.
estimate 2
އެސްޓިމޭޓް. ކ. އަންދާޒާކުރުން. އެސްޓިމެއިޓް އެއް ހެދުން.
estimation
އެސްޓިމެއިޝަން. ނ. 1. އަންދާޒާ. އެއްޗެއް ނުވަތަ ކަމެއްގެ އަގާމެދު މީހަކު ދެކޭ ގޮތް. 2. އެސްޓިމޭޓްކުރުމުގެ ޢަމަލު.
estrange
އިސްޓްރޭންޖް. އިސްޓްރެއިންޖް. ކ. 1. ކުރިން ލޯބިވެގެން ނުވަތަ ރަޙްމަތްތެރިވެގެން އުޅުނު ދެމީހަކު ދުރުވާ ގޮތް ހެދުން ނުވަތަ އެހެންވުން. 2. ފަރިތަކަން ގެއްލުން. މ. ޒަމާނަށް އަންނަ ބަދަލުން ކުރީގެ ފޮތްތަކަށް މިހާރުގެ ކިޔުންތެރިން އިސްޓްރޭންޖް ވެއެވެ. ނ. estrangement.
estuary
އެސްޗުއަރީ. ނ. ކޯރެއް ދުވަމުން (ފައިބަމުން) އައިސް ކަނޑާ ގުޅޭ ސަރަޙައްދު.
etc
.އީޓީސީ. ކުރުކޮށް. et cetera އެޓް ސެޓެރާ. އަދި އިތުރަށް މިފަދަ އެހެން ތަކެތި. އެހެން ބާކީ ތަކެތި. etceteras ނ. އަދި އެހެން އެފަދަ ތަކެތި. ކުދިކުދި އެހެން ތަކެތި.
etch
އެޗް. ކ. 1. ލިޔުމެއް ކުރެހުމެއް އޮމާން ހަމަ ތަނެއްގައި ކަނޑާ ނެގުން. ޚާއްޞަކޮށް ބިއްލޫރި ނުވަތަ ތާން މަޢުދަން ޝީޓެއްގައި އެސިޑް ނުވަތަ ތޫނު އާލަތެއް ބޭނުންކޮށްގެން ކަނޑާނެގުން. މިކަން ބައެއް ފަހަރު ކުރަނީ އޮމާން ޝީޓުން ޗާޕުކުރުމަށެވެ. 2. ވަރަށް ބޮޑަށް ފާހަގަވެފައިވުން، ބިންވަޅު ނެގިފައިވުން. މ. އެ މަންޒަރުވަނީ އަހުރެންގެ ހަނދާނުގައި އެޗް ވެގެންނެވެ. ނ. etcher.
etching
އެޗިން. ނ. އޮމާން އެއްޗަކުން އެޗް (މަތީ ލަފުޒު ބަލާ) ކޮށްގެން ޗާޕުކޮށްފައިވާ ކޮޕީއެއް.
eternal
އިޓާރނަލް. ނއ. 1. ވަގުތު ފެށުނު އިރުން ސުރެ އަދި ނިމެންދެން ޤާއިމްވެގެންވާ. ވަރަށް ދިގު ޒަމާނަކަށް ދެމިގެންވާ. އަބަދު. ދާއިމީ. 2. ބަދަލުވުމެއް ނުވާ، ވަގުތުގެ ހިނގުމުން ބަދަލެއް ނުވާ. 3. ދިގުދެމިގެންދާ، ހުއްޓުމެއް ނެތް މ. އިޓާރނަލް ޒުވާބު. ކއ. eternally. The Eternal City ރޯމް އަށް ކިޔާ ވަނަމެއް. eternal triangle ދެ ފިރިހެނަކާއި އެއް އަންހެނެއް ނުވަތަ ދެ އަންހެނުންނާއި އެއް ފިރިހެނެއް ގެ މެދުގައި ލޯބީގެ ކަންތައްތަކުގައި ހިނގާ މައްސަލަތައް.
eternity
އިޓާރނިޓީ. ނ. 1. ފެށުމެއް ނިމުމެއް ނުވާ ވަގުތު. ޙައްދެއްނެތް ވަގުތު. 2. މަރުވުމަށް ފަހު އަންނަ ޒަމާން. 3. ނުރަސްމީ ބަހުރުވައިން ވަރަށް ދިގު މުއްދަތެއް. eternity ring ނިމުމެއް ނެތްކަން ރަމްޒުކުރަން، ވަށައިގެން އެސްޖަހާފައި ހުންނަ އަނގޮޓިއެއް.
ethanoic acid
އެތަނޮއިކް އެސިޑް. ނ. އެސީޓިކް އެސިޑް. ރާހުތުގައި ހުންނަ އެސިޑެއް.
ether
އީތަރ. ނ. 1. ސާފު އުޑު. ވިލާތަކުގެ މަތި. 2. އިހުގެ މީހުން ޤަބޫލުކުރާ ގޮތުގައި ކައުނުގައި (ސްޕޭސްގައި) ހުންނަ ރޭޑިއޯ ރާޅުތައް އެ ތޮރުފާލާ ދަތުރު ކުރާ އެއްޗެއް. 3. އެލޮކޮހޯލް އާއި އެސިޑް އެއްވުމުން އުފެދޭ ކުލައެއް ނެތް ދިޔައެއް. މިއީ މީހުން ހޭނެއްތުމަށާއި ތަކެތި ގިރުވުމަށް ބޭނުން ކުރާ ކެމިކަލެކެވެ.
ethereal
އިތީރިއަލް. ނއ. 1. ފެންނަ ފެނުމުގައި ލުއި އަދި ނާޒުކު. ރޫޙީ. 2. ސުވަރުގެއަށް ނިސްބަތްވާ. ދުނިޔެމަތިން ޢާއްމުކޮށް ނުފެންނަ. މ. މަންޒަރެއް، ފޮޓޯއެއް، އަޑެއް ނުވަތަ ރީތިކަމެއް. ކއ. ethereally.
ethic
އެތިކް. ނ. އަޚްލާޤީ ހަމަތައް. އުޅުން ކޮންޓްރޯލްކުރާ ޤަބޫލުކުރުންތަކުގެ ނިޒާމް. ނއ. އެތިކްސް އާ ބެހޭ.
ethical
އެތިކަލް. ނއ. 1. އެތިކްސް (ތިރިބަލާ!) އާ ބެހޭ. 2. އަޚްލާޤީ ގޮތުން ރަނގަޅު. ކއ. ethically.
ethics
އެތިކްސް. ނ. އަޚްލާޤާ ބެހޭ ޢިލްމު. އަޚްލާޤީ ގޮތުން ރަނގަޅު ކަންތައްތަކާއި ނުރަނގަޅު ކަންތައްކާ ބެހޭ ޢިލްމު. —ethics އަޚްލާޤީ ހަމަތައް. މ. މެޑިކަލް (ބޭސްކުރުމުގެ) އެތިކްސް.
Ethiopia
އީތިއޯޕިއާ. ނ. އެފްރިކާގެ އުތުރު އިރުމަތީ ޤައުމެއް. ނ. ނއ. Ethiopian.
ethnic
އެތްނިކް. ނއ. 1. ވަކި ނަސްލެއްގެ މީހުންނާ ބެހޭ. 2. އެހެން ނަސްލަކުން ނުވަތަ ނަސްލެއްގެ. ޢާއްމު އާދަކާދަތަކާ ތަފާތު. މ. އެތްނިކް ކާނާ. ކއ. ethnically.
ethnologist
އެތްނޮލޮޖިސްޓް. ނ. އެތްނޮލޮޖީ (ތިރީގައިވާ ލަފުޒު ބަލާ) ގެ މާހިރެއް.
ethnology
އެތްނޮލޮޖީ. ނ. އެކި ނަސްލުގެ އިންސާނުންނާއި އެމީހުންގެ ސިފަތަކާ ބެހޭ ޢިލްމު. ނއ. ethnological.
ethos
އީތޮސް. ނ. ޖަމާޢަތެއްގެ ތެރޭގައި ނުވަތަ އަދަބީ ލިޔުމެއްގައި އޮންނަ އިޖްތިމާޢީ ރޫޙާއި އުޅުމާއި ގުޅުންތަކާ ބެހޭ ޤަބޫލުކުރުންތައް. ބައެއްގެ ތެރޭގައި އޮންނަ އަޚްލާޤާއި ރޫޙް.
etiolate
އީޓިއޮލެއިޓް. ކ. ރަނގަޅަށް އަލި ނުލިބޭގޮތް ހަދައިގެން ގަހެއްގެ ކުލަ ފަނޑުކުރުން. ނ. etiolation.
etiquette
އެޓިކެޓް. ނ. ވަކި ޖަމާޢަތެއްގެ ތެރޭގައި އުޅެންޖެހޭ ރަނގަޅު އުޅުން. މުޖުތަމަޢުގެ ތެރޭގައި ތަހުޒީބު މީހުންގެ ކިބައިން ފެންނަ ރަނގަޅު އަދަބުތައް.
Etonian
އީޓޯނިއަން. ނއ. އިނގިރޭސިވިލާތުގެ މަޝްހޫރު މަދަރުސާއެއް ކަމަށް ވާ އިޓަން އަށް ނިސްބަތްވާ. —ނ. އެތަނުގެ ދަރިވަރެއް.
ètude
އޭޓިއުޑް. ނ. މޫސީގާރެއްގެ ހުނަރު މަތިކުރުމަށް ކުޅޭ ކުރު މިޔުޒިކެއް.
etymologist
އެޓިމޮލޮޖިސްޓް. ނ. އެޓިމޮލޮޖީގެ މާހިރެއް (ތިރި ބަލާ!).
etymology
އެޓިމޮލޮޖީ. ނ. 1. ލަފުޒެއް އުފެދި ބަދަލުވި ގޮތާއި އޭގެ މާނަ. 2. ލަފުޒުތަކާއި އެ އުފެދުނު ގޮތާ ބެހޭ ޢިލްމު. ނއ. etymological. ކއ. etymologically.
eucalyptus
ޔޫކަލިޕްޓަސް. ނ. 1. ބާވަތެއްގެ އާވި ފަތް ހުންނަ ބޮޑު ގަހެއް. 2. އެގަހުގެ ފަތުން ހޯދާ އާވި.
Eucharist
ޔޫކަރިސްޓް. ނ. ނަޞާރާ ދީނުގައި ފާހަގަ ކުރާ ކަމެއް. މިކަމަކީ ޖީސަސް އޭނާއަށް ފުރަތަމަ އީމާންވި 12 މީހުންނާ އެކު އެންމެ ފަހުން ބޭއްވި ކެއުމަށާއި އެ ކެއުމުގައި ބޭނުން ކުރި ރަލާއި ޕާނަށް ނިސްބަތްކޮށް ފާހަގަކުރާ އިޙްތިފާލެކެވެ. މި އިޙްތިފާލުގައި ބޭނުންކުރާ އެއްޗިއްސަށް ވެސް މިނަން ކިޔައެވެ.
eulogistic
ޔޫލޮޖިސްޓިކް. ނއ. މީހަކަށް ނުވަތަ އެއްޗަކަށް ސަނާ ކިޔާ.
eulogize
ޔޫލޮޖައިޒް. ކ. އެއްޗަކަށް ނުވަތަ މީހެއްގެ މައްޗަށް މަދަހަ ކިޔުން ނުވަތަ އެފަދަ ލިޔުމެއް ލިޔުން.
eulogy
ޔޫލޮޖީ. ނ. މީހަކަށް ނުވަތަ އެއްޗަކަށް ސަނާ ނުވަތަ މަދަހަ ކިޔާ ލިޔުމެއް ނުވަތަ ވާހަކަ ދެއްކުމެއް.
eunuch
ޔޫނަކް. ނ. އޮށް (އުރަވަޅި) ކަނޑާލައިފައިވާ ފިރިހެނެއް. މިބައިމީހުންނަކީ ވަކި ވަޒީފާތަކަށް ޚާއްޞަވާ ބައެކެވެ.
euphemism
ޔޫފަމިޒަމް. ނ. ހުތުރު ނުވަތަ މީހުން ނުރުހުންވާ ލަފުޒެއް ޢިބާރާތެއް ބުނުމުގެ ބަދަލުގައި ބުނާ ލަފުޒު ނުވަތަ ޢިބާރާތް. މ. ސީލުމުގެ ބަދަލުގައި ބޮނޑުކަމު ދިއުން. ނއ. euphemistic. ކއ. euphemistically.
euphonium
ޔޫފޯނިއަމް. ނ. ރަންވަންލޮއިން ހަދާފައި ހުންނަ ބޮޑު ވެލްވް (ހުޅުވާލެއްޕޭ ދޮރުފަތްލީ) ދުންމާރިއެއް.
euphony
ޔުފަނީ. ނ. ލަފުޒުގައި ހިމެނޭ އަޑުތަކުގެ ހިތްގައިމުކަން. އަޑުގެ ރީތިކަން. ނއ. euphonious.
euphoria
ޔޫފޯރިއާ. ނ. އަރާމާއި އުފާވެރިކަމުގެ އިޙްސާސް. ނއ. euphoric.
Eurasian
ޔޫރެއިޜަން. ނއ. 1. ޔޫރަޕާއި އޭޝިއާގެ. 2. ޔޫރަޕާއި އޭޝިއާގެ ދަރިކޮޅު ގުޅިގެން އުފެދޭ ނަސްލުން. —ނ. މި ނަސްލުގެ މީހެއް.
eureka
ޔޫރީކާ. ކަމެއް ކާމިޔާބުކަމާ އެކު ކުރެވޭނޭ ގޮތް އެނގުމުން ގޮވާލާ ކުއްލި ގޮވާލުމެއް. =އަހުރެންނަށް އެ ހޯދިއްޖެ. އާރކިމީޑްސް ކިޔާ އިހުގެ ގްރީކް މީހަކު ތުންފަތާ ހަމައަށް ފެން ހުރި ކަންވާރަކަށް އެއްޗެއް ލުމުން، ބަންޑުންވާ ފެނުގެ ވޮލިއުމް އިން އެ އެއްޗެއްގެ ވޮލިއުމް ހޯދޭނެކަން އެނގުމުން ބުނި އެއްޗެއް.
Eurocommunism
ޔޫރޯކޮމިޔުނިޒަމް. ނ. ޔޫރަޕުގެ ކޮމިޔުނިސްޓް ޕާޓީތަކުން، ރަޝިއާއި ޗައިނާގެ ކޮމިޔުނިޒަމްއިން މިނިވަންވެ އައު ނިޒާމެއް އުފެއްދުމުގެ ޚިޔާލާތު. ނ. Eurocommunist.
Europe
ޔޫރަޕް. ނ. 1. އެޓްލާންޓިކް ކަނޑުން އިރުމަތީގައި، އޭޝިއާގެ ހުޅަނގުގައި އަދި މެދުތެރޭ ކަނޑުން އުތުރުގައިވާ ބޮޑު ބައްރު. 2. އިނގިރޭސިވިލާތް ނުހިމަނައި ޔޫރަޕްގެ ޤައުމުތައް. 3. ކުރުކޮށް ޔޫރަޕިއަން ޔޫނިއަން ކިޔާ ޖަމާއަތުގެ ޤައުމުތައް.
euthanasia
ޔޫތެނެއިޒިއާ. ނ. ރަނގަޅުނުވާނޭ ބައްޔެއްގެ ގަދަ ވޭނުގައި އުޅޭ މީހަކު، ލުއި ގޮތަކަށް މަރާލުން.
evacuate
އިވެކުއެއިޓް. ކ. 1. ނުރައްކާތެރި ތަނެއްގައި އުޅޭ ބަޔަކު ރަނގަޅު ތަނަކަށް ގެންދިއުން. 2. ކަންވާރެއްގެ އެތެރޭގައި ހުރި ވައި ހުސްކުރުން. އެއްވެސް އެއްޗެއް (ވައި ވެސް) ނެތްގޮތް ހެދުން. 3. ގޮހޮރުގެ ނުވަތަ އެހެންވެސް ގުނަވަނެއްގެ ތެރޭގައި ހުރި ތަކެތި ހުސްކުރުން. ނ. އިވެކުއޭޝަން.
evacuee
އިވެކުއީ. ނ. ނުރައްކާތެރި މާހައުލަކުން ސަލާމަތްތެރި ތަނަކަށް ގެންގޮސްފައިވާ މީހެއް.
evade
އިވޭޑް. ކ. މަކަރަކުން، ހީލަތަކުން ކަމަކުން ނުވަތަ މީހެއްގެ ފަރާތުން ރެކުން. evade the question ޖަވާބުގައި އެހެން ވާހަކަތަކެއް ދައްކައިގެން ސުވާލަކުން ރެކުން.
evaluate
އިވެލުއޭޓް. ކ. އެއްޗެއްގެ އަގު، ބަރުދަން، ފެންވަރު، މުހިއްމުކަން ފަދަ ސިފައެއް ހިސާބުކުރުން ނުވަތަ ކަނޑައެޅުން. ވަޒަންކުރުން. މިންކުރުން. ނ. evaluation.
evanescent
އިވަނެސަންޓް. ނއ. ކުރު ވަގުތުކޮޅަކަށް ދެމިހުންނަ، އެއަށް ފަހު އަވަހަށް ގެއްލި ހަނދާންނެތޭ. އިންސާނީ ދިރިއުޅުމަކީ އިވަނެސަންޓް ދިރިއުޅުމެކެވެ.
evangelical
އީވަންޖެލިކަލް. ނއ. 1. ނަޞާރާ ދީނުގެ ވަކި މަޒުހަބަކަށް ތަބާވާ. މި މަޒުހަބުގެ މީހުން މިހާރު ގެންގުޅޭ އިންޖީލު ކިޔަވައިދިނުމާއި އެހެން މީހުން ދީނަށް ވެއްދުމަކީ ދީނުގެ ވަރަށް މުހިއްމު ރުކުނެއް ކަމަށް ދެކެއެވެ. 2. އީމާންވާ ކަންކަން ވަރަށް ގަދައަށް ގަބޫލުކުރާ، އަދި އެހެން މީހުން އެ އީމާނަށް އެނބުރުމަކީ މުހިއްމު ކަމެއްކަމަށް ދެކޭ. —ނ. މި މަޒުހަބުގެ މެންބަރެއް.
evangelism
އިވެންޖެލިޒަމް. ނ. ނަޞާރާ ދީން ކިޔަވައިދީ އެ ދީން ފެތުރުން.
evangelist
އިވެންޖެލިސްޓް. ނ. 1. ދަތުރުތައް ކޮށް މީހުންގެ ޖަމާޢަތްތައް ހަދައިގެން ނަޞާރާ ދީން ކިޔަވައިދީ އެ ދީން ފަތުރަން މަސައްކަތްކުރާ ނަޞާރާއިން. 2. މިހާރުގެ އިންޖީލުގައި ހިމެނޭ ޢީސާގެފާނާ ބެހޭ ހަތަރު ފޮތް (މެތިއު، މާރކް، ލޫކް. ޖޯން) ލިޔުނު މީހުންގެ ތެރެއިން މީހެއް.
evangelize
އިވެންޖެލައިޒް. ކ. ނަޞާރާދީން ކިޔަވައިދީ އެ ދީން ފެތުރުން. ނ. evangelization.
evaporate
އިވެޕޮރެއިޓް. ކ. 1. ދިޔައެއް ހޫނުވުމުގެ ސަބަބުން އާތްވަށް ވުން. 2. މިގޮތުގެ މަތިން ތެތްކަން ނެތުން. 3. ވަޔަށް އަރައިގެން ގޮސް ހުސްވުން. މ. ކަމަކާ މެދު މީހެއްގެ ހުރި ޖޯޝް. ނ. evaporation. evaporated milk ހޫނުކޮށްގެން ފެން މަދުކޮށް ދަޅުގައި ބަންދުކޮށްފައި ހުންނަ ކިރު ދަޅު.
evasion
އިވެއިޜަން. ނ. 1. މީހަކަށް ނުވަތަ އެއްޗަކަށް ފިލައިގެން އުޅުމުގެ ޢަމަލު. 2. ކުރާ ސުވާލަކަށް ސީދާ ޖަވާބު ނުދީ އޮޅުވާލާ އޮޅުވާލުން.
evasive
އިވެއިސިވް. ނއ. 1. ތެދަށް ބުނަން ބޭނުން ނުވާތީ، ސުވާލަކަށް ނުސާފު، ނުސީދާ ޖަވާބު ދީ އުޅޭ. ތެދަށް ނުބުނާ. 2. ކޮންމެވެސް ނުރަގަނޅު ކަމަކުން ރައްކާތެރިވުމަށް ރެކެން ކުރާ. މ. ޑްރައިވަރަށް އެކްސިޑެންޓް ވާނެ ކަން އެނގުނު އިރު އިވޭސިވް ކަމެއް ކުރާނޭ ވަގުތެއް ނެތެވެ. ކއ. evasively. ނ. evasiveness.
eve
އީވް. ނ. 1. މުހިއްމު ކަމެއް (މ. ޢީދެއް) އޮންނަ ދުވަހުގެ ކުރީ ދުވަސް. 2. މުހިއްމު ކަމެއް އޮންނަ އިރުގެ ކުރިން އޮންނަ ވަގުތު. 3. ބޯދާ ބަހެއްގެ ގޮތުގައި ކުރުކޮށް evening.
Eve
އީވް. ނ. އެންމެ ފުރަތަމަ އަންހެނާ. ޙައްޥާގެފާނު.
even 1
އީވަން. ނއ. 1. ރަހަ، އަޑިގުޑަން ކަމެއް ނެތް. އޮމާން. 2. ފެންވަރުގެ ގޮތުން އެއްގޮތް. 3. (ރުޅި އާ މެދު) މަޑުމައިތިރި. ފަސޭހައިން ރުޅިނާންނަ. 4. ދެފަރާތް އެއްވަރު، ހަމަހަމަ. 5. ޢަދަދުގެ ގޮތުން ނުވަތަ މިންވަރުގެ ގޮތުން އެއްވަރު. 6. (ހިސާބު ޢަދަކާ މެދު) ދޭކުން ގެއްލި ހުސްވާ. ހިރި. 7. (ފައިސާ އާއި ވަގުތާއި ޢަދަދާ މެދު) ބައިކުޅަ ބައެއް ނުވަތަ ކަސްރެއް ނެތް. މ. އީވަން ޑަޒަނަކީ ބަރާބަރު 12. —ކ. އީވަން ވުން ނުވަތަ އީވަން ކުރުން. ކޭލިހަމަކުރުން ނުވަތަ ކޭލިހަމަވުން. ކއ. evenly. ނ. evenness. get/be even with ބަދަލުހިފުން. even chance ކާމިޔާބުވުމާއި ނާކާމިޔާބުވުން އެއްވަރު. even-handed ވަކި ފަރާތަކަށް ނުޖެހޭ. ހަމަހަމަ. even money ކަމެއް ހަރާދުކިޔައިގެން ކުރާއިރު ދެ ފަރާތަށް ވެސް ފައިސާ އެއްވަރަކަށް ލުން. even up ދެ ފަރާތް އެއްވަރުވުން ނުވަތަ އެއްވަރު ކުރުން.
even 2
އީވަން. ކއ. 1. (ދެ އެއްޗެއް އަޅާ ކިޔުމުގައި ބާރުލުމުގެ ގޮތުން) މަތީ ދަރަޖައަކަށް. މ. ran even faster = ދުވީ ވަކިން ބާރަށެވެ. 2. ކަމެއް ވުން ގާތް ނޫންކަމަށް އިޝާރާތް ކުރަން ނުވަތަ އާދަޔާ ޚިލާފު ޙާލަތެއް ކަމަށް ނުވަތަ އަޅާކިޔަންވާނީ ވެދާނެގޮތަކާ އަޅާ ކަމަށް އިޝާރާތްކުރަން ބޭނުން ކުރާ ލަފުޒެއް. މ. even a child can do it = ކުޑަކުއްޖަކަށް ވެސް އެކަން ކުރެވޭނެ. didn’t even try = ދަށްވެގެން ވޭތޯ މަސައްކަތް ވެސް ނުކުރި. even now ކުރީގެ އިތުރަށް މިހާރު ވެސް. even so އެހެން ވިއަސް ވެސް.
evening
އީވްނިންގ. ނ. 1. މެންދުރު ފަހާއި ނިދާ އިރާ ދެމެދުގެ ވަގުތު. evening dress ރޭގަނޑު އޮންނަ ހަފްލާތަކުގައި ލާ ރަސްމީ ހެދުން. އަންހެނުންގެ ދިގު ރަސްމީ ހެދުމެއް. evening paper މެންދުރުގެ ފަހުން ނުކުންނަ ނޫހެއް. evening primrose ހަވީރު ގެ ވަގުތުގައި ފޮޅޭ މަލެއް. evening star އިރު އޮއްސުމަށް ފަހު، ހުޅަނގު ފަރާތު އުދަރެހުން ފެންނަ އަލިގަދަ ތަރި. ޚާއްޞަކޮށް ވީނަސް (ޒަހުރާ).
evensong
އީވަންސޯންގ. ނ. އިނގިރޭސި ނަޞާރާ ދީނުގައި އީވްނިންގެ ވަގުތުގައި ފައްޅީގައި ބާއްވާ އަޅުކަމެއް.
event
އިވެންޓް. ނ. 1. ވާކަމެއް، ޚާއްޞަކޮށް މަދުންވާ ނުވަތަ މުހިއްމު ކަމެއް. ހާދިސާއެއް. 2. ވާކަމެއްގެ ޙަޤީޤަތް. މ. in the event of his death = އޭނާ މަރުވެއްޖެ ނަމަ. 3. ކުޅިވަރު ޕްރޮގްރާމެއްގައި ހިމެނޭ އައިޓަމެއް. at all events, at any event. ކޮންމެ ޙާލަތެއްގައި ވެސް. in the event ކަންތައް ވަކި ގޮތަކަށް ވީނަމަ.
eventful
އިވެންޓްފުލް. ނއ. ހާދިސާތައް ގިނަ. ގިނަ ކަންތައްތަކެއް މެދުވެރިވި.
eventide
އީވަންޓައިޑް. ނ. ބޯދާ ބަހެއްގެ ގޮތުގައި evening.
eventual
އިވެންޗުއަލް. ނއ. (ޚާއްޞަކޮށް ދަތިތަކަކާއި ވަރަށް މަސައްކަތަށް ފަހު) އެންމެ ފަހުން. އާޚިރުގައި. މ. ވޯޓުގެ އިވެންޗުއަލް ނަތީޖާއެއް ބުނާކަށް ނޭނގެއެވެ.
eventuality
އިވެންޗުއަލިޓީ. ނ. މިހާރު ނުވަތަ ފަހުން ވެދާނެ ހީނުކުރާ ނުވަތަ ހިތާނުވާ ކަމެއް. ކުރިމަތި ވެދާނެ ހާދިސާއެއް.
eventuate
އިވެންޗުއެއިޓް. ކ. ކަމެއް ވުން ނުވަތަ ކަމެއް ވުމަށް ސަބަބަކަށް ވުން. ނަތީޖާއަކަށް ވުން. މ. އެމީހުން ތައްޔާރުވެގެން އެތިބީ އިވެންޗުއެއިޓް ނުވާނޭ ހާދިސާއަކަށެވެ.
ever
އެވަރ. ކއ. 1. އަބަދުވެސް، ހުރިހާ އިރަކުވެސް. މ. ever happy އަބަދުވެސް އުފަލުން. 2. ހޭދަކުރި ހުރިހާ ވަގުތެއްގައި ވެސް. best thing I ever did މުޅި އުމުރުގައި ކުރި އެންމެ ރަނގަޅު ކަންތައް. 3. ބުނާ އެއްޗަކަށް ބާރުލުމަށް ބޭނުން ކުރާ ލަފުޒެއް. މ. why ever you didn’t say so?. did you ever? ހައިރާންވުމުން ބުނާ ޢިބާރާތެއް = ހަމަ ރަނގަޅަށް ވެސް؟ ever so ނުރަސްމީ ބަހުރުވައިން ވަރަށް ބޮޑަށް. މ. it is ever so easy = އެ ހާދަ ފަސޭހައެވެ. thanks ever so = ވަރަށް ބޮޑަށް ޝުކުރިއްޔާ. yours ever ރައްޓެހީންނަށް ސިޓީއެއް ނިންމަމުން ލިޔާ ޢިބާރާތެއް. = އަބަދުވެސް ކަލޭގެ.
evergreen
އެވަރގްރީން. ނ. (ގަސްތަކާ މެދު) ފިނި މޫސުން އައުމުން ވެސް ފަތްތައް ނުފައިބާ. ރޯޝަންކަން އަބަދު ހުންނަ. —ނ. މިފަދަ ގަހެއް.
everlasting
އެވަރލާސްޓިން. ނއ. 1. އަބަދަށް ދެމިހުންނަ. 2. ވަރަށް ގިނަ ދުވަސްވަންދެން ހުންނަ. 3. މާ ގިނަ ދުވަސްވަންދެން. މާގިނަ ފަހަރު ތަކުރާރުވާ. މ. އެވަރލާސްޓިން ޝަކުވާ. 4. (މާމެއްޔާ މެދު) ކުލައާއި ސިފަ މޯޅިވެ ހިކުމުން ވެސް ނުގެއްލޭ. ކއ. everlastingly.
evermore
އެވަރމޯ. ކއ. އަބަދުވެސް، އަބަދަށް.
every
އެވްރީ. ނއ. 1. އިސްތިސްނާއެއް ނެތި ކޮންމެ އެއްޗެއް. ކޮންމެ. ޢަރަބި ބަހުން ކުއްލި. 2. ސިލްސިލާއެއްގެ ކޮންމެ ބައެއް. 3. ދެވެން އޮތް ހުރިހާ، ހުރިހާ. މ. will give every care ދެވެން އޮތް ހުރިހާ އަޅާލުންތެރިކަމެއް ދޭނަން. every one ކޮންމެ އެއްޗެއް، ކޮންމެ މީހެއް. every other day މެދަށް އެއް ދުވަސް ދޫކޮށްލާފައި. ކޮންމެ ދެދުވަހަކުން އެއްދުވަހު.
everybody
އެވްރިބޮޑި. ޕްރޮނައުން. ކޮންމެ މީހެއް.
everyday
އެވްރިޑެއި. ނއ. 1. ކޮންމެ ދުވަހަކު ބޭނުން ކުރާ. 2. ޢާއްމު. މ. everyday life ޢާއްމު ދިރިއުޅުން. accidents are an everyday occurrence. އެކްސިޑެންޓްތައް ހިނގުމަކީ ޢާއްމު ހާދިސާއެއް.
Everyman
އެވްރީމޭން. ނ. ޢާއްމު ފަރުދު. މަގުމަތިން ދިމާވެދާނެ ފަދަ އާދައިގެ މީހާ.
everyone
އެވްރިވަން. ޕްރޮނައުން. ކޮންމެ މީހެއް. މި ލަފުޒާ every one މި ޢިބާރާތުގެ މާނަ ތަފާތު.
everything
އެވްރިތިން. ޕްރޮނައުން. 1. ހުރިހާ އެއްޗެއް. 2. އެންމެ މުހިއްމު އެތި. މ. life is everything ހަޔާތަކީ އެންމެ މުހިއްމު އެއްޗެވެ. ހުރިހާ އެއްޗަކީ ވެސް އެއީ އެވެ. have everything ހުރިހާ މޮޅެއް (ހުރިހާ އެއްޗެއް) ލިބިގެން ވުން. ރީތިކަމާއި ތަނަވަސްކަމާއި… ހުރިހާ ކަމެއް ލިބިގެންވުން.
everywhere
އެވްރިވެއަރ. ކއ. ހުރިހާ ތަނެއްގައި.
evict
އިވިކްޓް. ކ. ކުއްޔަށް އުޅޭ މީހަކު ޤާނޫނީ ގޮތުން (މ. ޝަރީޢަތަށް ގޮސްގެން) ބޭރުކުރުން. ނ. eviction.
evidence
އެވިޑަންސް. ނ. 1. އެއްޗެއް ތެދުކަމަށް ނުވަތަ ދޮގުކަމަށް ޤަބޫލުކުރަންޖެހޭ ސަބަބު. ހެކި. ދަލީލު، ބުރުހާނު. 2. ޝަރީއަތަކަށް ހެކީގެ ގޮތުގައި ބުނާ ޢިބާރާތްތައް ނުވަތަ ހުށަހަޅާ ތަކެތި. –ކ. އިޝާރާތް ކުރުން. ހެއްކަކަށްވުން. be in evidence ހާމަކަން ބޮޑުވެގެން ވުން. ފެނިގެން ވުން.
evident
އެވިޑަންޓް. ނއ. ސާފުކޮށް ލޮލަށް ނުވަތަ ބޮލަށް ހާމަވާ. މ. From the smell it was evident that the drains had been blocked for several days ދުވާ ވަހުން ހޮޅިތައް ބެދިފައިވާތާ އެތައް ދުވަހެއް ވެއްޖެކަން ސާފުކޮށް އެނގެއެވެ. ކއ. evidently.
evidential
އެވިޑެންޝަލް. ނއ. ހެއްކަކަށް ވާ ނުވަތަ ހެއްކާ ގުޅޭ.
evil
އީވަލް. އީވްލް. ނއ. 1. އަޚްލާޤީގޮތުން ވަރަށް ނުބައި، އަނިޔާވެރި، ބަދު. 2. ވަރަށް ހިތްގައިމުނޫން. ނަފުރަތު ކުރެވޭ. މ. evil temper = ނަފުރަތު ކުރެވޭ މިޒާޖު/ޠަބީޢަތް. —ނ. ނަފުރަތު ކުރެވޭ އެއްޗެއް ނުވަތަ ކަމެއް. ފާފަ، ގެއްލުން. ކއ. evilly. the evil eye އެސްފީނާ.
evince
އިވިންސް. ކ. އެއްޗަކަށް އިޝާރާތް ކުރުން. ވަކި ސިފައެއް ހުރިކަން ސާފުކޮށް އަންގާދިނުން. ކަމެއް ހާމަކުރުން. މ. people took no part in it and evinced little interest. މީހުން އެކަމުގައި އެއްވެސް ގޮތަކަށް ބައިވެރިއެއް ނުވެއެވެ. އަދި އެކަމަށް އެއްވެސް ޝައުޤުވެރިކަމެއް ހާމައެއް ނުކުރެއެވެ.
eviscerate
އިވިސަރެއިޓް. ކ. 1. ހަށިގަނޑުގެ ތެރެއިން ގޮހޮރު ނުވަތަ އެހެން ގުނަވަންތައް ކަނޑައި ނެގުން. 2. މުހިއްމު ބައިތައް އެއްޗަކުން ވަކިކުރުން. ނ. evisceration.
evocative
އިވޮކެޓިވް. ނއ. ތަނުގައި ފެންނަންނެތް ތަކެތީގެ ނުވަތަ ކަމެއްގެ (ޚާއްޞަކޮށް މާޒީގެ) ހަނދާންތަކެއް ގެނުވާ.
evoke
އިވޯކް. އިވޮއުކް. ކ. ޝުޢޫރުތަކެއް ނުވަތަ ހަނދާންތަކެއް ގެނައުން. މ. That smell always evokes memories of my old school. = އެ ވަސް، އަހުރެން ކުޑައިރު ދިޔަ މަދަރުސާގެ ހަނދާންތައް ގެނުވައެވެ. ނ.evocation .
evolution
އީވޮލޫޝަން. ނ. 1. އެއްޗެއް ބޮޑުވެ ބަދަލުވާ ގޮތް. އެއްޗެއް ކުރިއަރައި ތަރައްޤީވާ ގޮތް. 2. އެތައް މިލިއަން އަހަރެއްގެ ތެރޭގައި، ދިރޭ ތަކެއްޗަށް ބަދަލު އަންނަ ގޮތްތައް. ތަފާތު ދިރޭ ތަކެތި އުފެދިގެން އައީ ދޭސީ ކުދި ތަކެތިން ކަމަށް، ބޮޑެތި ތަކެއްޗަކީ ޚަލްޤު ކުރެއްވި ތަކެތި ނޫންކަމަށް ބުނާ ނަޒަރިއްޔާއެއް. ކއ. evolutionary.
evolve
އިވޯވް. ކ. 1. މަޑުމަޑުން ތަރައްޤީވުން ނުވަތަ ކުރިއެރުން ނުވަތަ ފުޅާވުން. މ. ކަންމަތީ ފިހާރަ ބޮޑު ކުންފުންޏަކަށް އިވޯވް ވުން. މީހަކު ނުވަތަ އެއްޗެއް ކުރިއަރައި ތަރައްޤީވާ ގޮތް ހެދުން. 2. އީވޮލޫޝަންގެ ސަބަބުން ދިރުމެއް ބަދަލުވުން. ނ. evolvement.
ewe
އިއޫ. ޔޫ. ނ. އަންހެން (ޚާއްޞަކޮށް ބޮޑުވެފައިވާ) ކަންބަޅިއެއް. ewe lamb މީހަކު އެންމެ ލޯބިވާ އެތި.
ewer
ޔޫވަރ. ނ. ބޯދާ ޒަމާނުގައި ގެންގުޅުނު އަނގަބޮޑު ޖަގެއް. މިފަދަ ޖަގެއް.
ex 1
އެކްސް. ޕރޕ. 1. (މުދަލާމެދު) ވަކި ތަނަކުން ވިއްކާ ގޮތަށް (ފެކްޓަރީއިން) މ. ex-factory price ފެކްޓަރީން ގަންނަ ނަމަ، އަގު. (މާނައަކީ ގެންދިއުމުގެ ޚަރަދު ނުލާ). 2. ނުހިމަނާ، ނުލައި. ex dividend (ކުންފުންޏެއްގެ ފައިދާ އާ މެދު) ޑިވިޑެންޑް ނުހިމަނާ.
ex 2
އެކްސް. ނ. ނުރަސްމީ ބަހުރުވައިން އިނދެވަރިކުރި މީހާ.
ex-
އެކްސް. ލަފުޒެއްގެ ކުރިއަށް އެއްކުރާ އަކުރުތަކެއް. މި އަކުރުތައް އެއްކުރުމުން އެ ލަފުޒަކަށް ”ކުރީގެ“ ނުވަތަ ”ވަކިވެފައިވާ“މި މާނަ ނުކުމެއެވެ. މ. ex-president ކުރީގެ ރައީސް. ex-wife ކުރީގެ އަނބި.
exacerbate
އިގްޒާސަބެއިޓް. ކ. (މ. ރިހުން، ރުޅި، ބަލި) ކުރިއަށް ވުރެ ގޯސްކުރުން (ގަދަކުރުން). 2. މީހަކަށް އުނދަގޫކޮށްގެން ގަދައަށް ރުޅިއަރުވާލުން. ނ. exacerbation.
exact 1
އިގްޒޭކްޓް. މއ. 1. ހުރިހާ ގޮތަކުން ރަނގަޅު. ކުދި ތަފްޞީލުތަކާ އެކުވެސް ދިމާވާ. ތަފާތެއް ނެތް. އެއްވެސް ކުށެއްޖެހިފައި ނުވާ. ބަރާބަރު. 2. ހުރިހާ ތަފްޞީލުތަކެއް ދޭ. މ. އަހަރެންނަށް އިގްޒޭކްޓް އިރުޝާދުތައް ދޭށެވެ. 3. ވަރަށް ކުދިކުދި ކަންތައްތައް ވެސް މުޅިން ބަރާބަރަށް ދިމާވާ. ނ. exactness.
exact 2
އިގްޒޭކްޓް. ކ. ބާރު ބޭނުންކޮށްގެން ނުވަތަ ބިރުދައްކައިގެން އެއްޗެއް ދަމައިގަތުން. މ. ބްލެކްމެއިލްކުރި މީހުން އޭނާގެ އަތުން އެއްލައްކަ ރުފިޔާ އިގްޒޭކްޓް ކުރިއެވެ. ނ. exaction.
exactitude
އިގްޒެކްޓިޓިއުޑް. exactness (exact ގެފުރަތަމަ މާނަ).
exactly
އިގްޒާކްޓްލީ. ކއ. 1. މުޅީން ތެދާ އެއްގޮތަށް. (މި ލަފުޒު ބޭނުންކުރަނީ އެއްޗެއް/ކަމެއް ބަރާބަރު ކަމަށް ބާރުލާ ބުނުމަށެވެ.) 2. ވާހަކަ ދެއްކުމުގައި އެއްބަސްވުމަށް އަންނަނިވި މާނައިގައި: ތިބުނި ގޮތަށް. not exactly ނުރަސްމީ ބަހުރުވައިން މުޅިއަކުން ނޫން، ތިބުނިގޮތާ މުޅިން އިދިކޮޅަށް.
exaggerate
އިގްޒެޖަރެއިޓް. ކ. 1. އެއްޗެއް ޙަޤީޤަތުގައިވާ ވަރަށް ވުރެ ބޮޑުކޮށް، ކުޑަކޮށް، ރަނގަޅުކޮށް ނުބައިކުރުން. ކަންބޮޑުކުރުން. މުބާލަޣާ ކުރުން. ނ. exaggeration.
exalt
އިގްޒޯލްޓް. ކ. 1. މީހެއްގެ މަޤާމު، ދަރަޖަ، ބާރު ނުވަތަ ފެންވަރު މަތިކުރުން. 2. ވަރަށް ބޮޑަށް މީހަކަށް މަދަހަ ކިޔުން.
exaltation
އެގްޒޯލްޓޭޝަން. ނ. 1. އިގްޒޯލްޓް ކުރުމުގެ ޢަމަލު. 2. ރޫޙާނީ މަތިވެރި އުފާވެރިކަން.
exam
އިގްޒާމް. ނ. ކުރުކޮށް ނުރަސްމީ ބަހުރުވައިން examinationއިމްތިޙާނު.
examination
އިގްޒެމިނެއިޝަން. ނ. 1. އެއްޗެއް ދެނެގަތުމަށް ފަރުވާތެރިކަމާއެކު ބަލާ ބެލުން. 2. ސުވާލާއި ޖަވާބުން އަދި ތަމްރީނުތަކުން ލިބިފައިވާ ހުރަނާއި ޢިލްމު ޓެސްޓުކުރާކުރުން. އިމްތިޙާނު. 3. ކޯޓެއްގައި ހެކިވެރިޔަކާ ނުވަތަ ތުހުމަތުކުރެވިފައިވާ ފަރާތަކާ ރަސްމީގޮތުން ސުވާލުކުރުން.
examine
އިގްޒެމައިން. ކ. 1. އެއްޗެއް ދެނެގަތުމަށް ވަރަށް ފަރުވާތެރިކަމާއެކު ބެލުން. 2. ދަސްވިވަރު ބެލުމަށް ޓެސްޓުތަކާއި ތަމްރީނުތައް ދިނުން. އިމްތިޙާނު ކުރުން. 3. ރަސްމީގޮތެއްގައި، މަޢުލޫމާތު ހޯދުމަށް ސުވާލުކުރުން. ނ. examiner.
examinee
އިގްޒޭމިނީ. އިގްޒާމިނީ. އިމްތިޙާނެއް ހަދާ މީހެއް.
example
އިގްޒާމްޕްލް. ނ. 1. ޢާއްމު ގަވާއިދު ހާމަކުރާ އެއްޗެއް. ގުރޫޕެއްގައި ހިމެނޭ ތަކެތިތަކުގެ ސިފަ ނުވަތަ ފެންވަރު އަންގައިދޭ އެ ގުރޫޕްގެ އެކަތި. މިސާލު، ނަމޫނާ. 2. އެގޮތަކަށް ކަންތައްތައް ބެހެއްޓުމަށް ނުވަތަ ކޮޕީކުރުމަށް ނުވަތަ ތަޤްލީދުކުރުމަށް އެކަށޭނެ އެއްޗެއް ނުވަތަ ސިފައެއް (މ. އަޚްލާޤް، އުޅުން). ނަމޫނާ. މ. އޭނާގެ ކެރުމަކީ އަހުރެމެން އެންމެންނަށް އިގްޒާމްޕްލް އެކެވެ. for example ޢާއްމު ހަމައެއް ދެއްކުމުގެ ގޮތުން. make an example of އެހެން މީހުންނަށް އިންޒާރަކަށް އަދަބުދިނުން. set an example އެހެން މީހުން ކޮޕީކުރުމަށް އެކަށީގެންވާ ފަދަ ނަމޫނާއެއްގެ ގޮތަށް އުޅުން. މިސާލަކަށް ވުން.
exasperate
އިކްޒާސްޕަރެއިޓް. ކ.އަމިއްލައަށް ޙައްލުނުކުރެވޭނޭ ކަމަކާ މެދު މީހަކު ގަދައަށް ރުޅިއެރުވުން. ތަކުރާުރުކޮށް ނުރުހޭ ކަމެއްކޮށްގެން މީހަކު ގަދައަށް ރުޅިއެރުވުން. ނ. exasperation.
ex cathedra
އެކްސްކެތީޑްރާ. ކަމަކާ މެދު ކުށްދެއްކިގެން ނުވާނޭ ގޮތުން ޕޯޕު ނިންމާފައިވާ. އެހެންކަމުން ރޯމަން ކެތަލިކުގެ އެންމެން ޤަބޫލުކުރާ.
excavate
އެކްސްކެވެއިޓް. ކ. 1. ވަޅެއް ނުވަތަ ކޯރެއް ބިމުގައި ކޮނުން. ވެލިކޮނެގެން ނެގުން. 2. ކޮނެގެން ހާމަކުރުން ނުވަތަ ނެގުން. ނ. excavation. excavator.
exceed
އިކްސީޑް. ކ. 1. ވަކި ޢަދަދަކަށް ވުރެ ނުވަތަ މިންވަރަކަށް ވުރެ މަތިވުން. 2. ކަނޑައަޅާފައިވާ ޙައްދަކަށް ވުރެ ބޮޑުވުން. މީހަކަށް ދޫކޮށްފައިވާ އަމުރުވެރިކަމުގެ ޙައްދުން ބޭރުވުން.
exceedingly
އިކްސީޑިންލީ. ކއ. ވަރަށް ބޮޑަށް. ވަރަށް މަތީ ދަރަޖައަކަށް.
excel
އިކްސެލް. ކ. 1. ކަމަކަށް އާދަޔާ ޚިލާފަށް މޮޅުވުން. 2. އެހެން އެއްޗަކާ އަޅާ ބަލާއިރު މޮޅުވުން. excel oneself ކުރިއަށް ވުރެ މާބޮޑަށް ކަމަކަށް ތިމާ ރަނގަޅުވުން.
excellence
އެކްސަލަންސް. ކ. ވަރަށް މޮޅުވުމުގެ ސިފަ. excellent ވުމުގެ ސިފަ.
Excellency
އެކްސަލަންސީ. ނ. ސަފީރުން ފަދަ ވަރަށް މަތީ ފެންވަރުގެ މީހުންގެ ލަގަބެއް.
excellent
އެކްސަލަންޓް. ނއ. ވަރަށް ރަނގަޅު. މުމްތާޒު. ކއ. excellently.
excelsior
އިކްސެލްސިއަރ. ގޮވާލުމެއް (އިންޓަރޖެކްޝަން). މޮޓޯތަކުގައި ބޭނުންކުރާ ލަފުޒެއް. މައްޗަށް. އުހަށް.
except
އިކްސެޕްޓް. ކނ. ޕރޕ. ފިޔަވައި. —ކ. ހިސާބުކުރުމުގައި ނުވަތަ ލިޔުމެއްގައި ނުހިމެނުން.
excepting
އިކްސެޕްޓިން. ޕރޕ. ފިޔަވައި. except.
exception
އިކްސެޕްޝަން. ނ. 1. އިކްސެޕްޓްކުރާ، އިސްތިސްނާ ކުރާ ޢަމަލު. 2. ޢާއްމު އުޞޫލާ ތަފާތު ކަމެއް ނުވަތަ އެއްޗެއް. take exception to އިންކާރުކުރުން. the exception proves the rule ބައެއް ކަންތައްތައް އިސްތިސްނާކުރުމުން، ހަމައެއް އޮތްކަން ސުބޫތުކުރެވޭ ނުވަތަ އެހެން ކަންތައްތަކަށް ހަމަތަކެއް ވާކަން އެނގޭ. with the exception of މި އިސްތިސްނާ އާއެކު.
exceptionable
އިކްސެޕްޝަނަބްލް. ނއ. ރުޅިއަރުވާ. ނުރުހުންތެރިވާ. މ. އިކްސެޕްޝަނަލް އަޚްލާޤު.
exceptional
އިކްސެޕްޝަނަލް. ނއ. ހުނަރު، ފިކުރު، ޤާބިލްކަން، ފެންވަރު ފަދަ ސިފައެއް ޢާއްމުކޮށް ހުންނަ ވަރަށް ވުރެ މާރަނގަޅު. މ. އިކްސެޕްޝަނަލް ބުއްދި ހުރި ކުއްޖެއް.
excerpt 1
އެކްސާރޕްޓް. ނ. ފޮތެއް، ފިލްމެއް، މިޔުޒިކެއް ފަދަ އެއްޗެއްގެ ތަންކޮޅެއް ނުވަތަ ބައެއް.
excerpt 2
އެކްސާރޕްޓް. ކ. ފޮތެއް ފިލްމެއް ފަދަ އެއްޗަކުން ވަކި ބޭނުމަކަށް ތަންކޮޅެއް ޚިޔާރުކުރުން.
excess
އެކްސެސް، އިކްސެސް. ނ. 1. އުއްމީދުކުރި، ޤަބޫލުކުރެވޭ، އެކަށީގެންވާ މިންވަރަށް ވުރެ އިތުރު. ހައްދުތަކުން ބޭރުވުން. 2. އެއް ޢަދަދު ނުވަތަ މިނެއް އެހެން ޢަދަދު ނުވަތަ އެހެން މިނަކަށް ވުރެ ބޮޑުވާ މިންވަރު. 3. އިންޝުއަރ ކުރި ފަރާތުން، އިންޝުއަރކޮށްފައިވާ ކަސްޓަމަރަށް ދޭންޖެހޭ މިންވަރުން ނަގާބައި. excess baggage ދަތުރެއްގައި ހިލޭ ގެންދެވޭ ވަރަށް ވުރެ ފޮށިތަންމަތި ބަރުވާ މިންވަރު. excesses ރާބުއިމާއި ކެއުމުގައި ހައްދުފަހަނައަޅައި ދާ ދިއުން. in excess of އަށް ވުރެ ބޮޑު.
excessive
އެކްސެސިވް. ނއ. މާގިނަ، ބޭނުންވާ ވަރަށް ވުރެ ނުވަތަ ޢާއްމުވަރަށް ވުރެ މާގިނަ. ކއ. excessively.
exchange
އިކްސްޗެއިންޖް. ކ. 1. އެކައްޗެއްގެ ބަދަލުގައި އެހެން އެއްޗެއް ދިނުން ނުވަތަ ލިބިގަތުން. މާރުކުރުން. އެއްޗެއް ދިނުމުން އެހެން އެއްޗެއް ބަދަލުގައި ލިބިގަތުން. 2. ދީ ލިބިގަތުން. މ. ސަލާމް. —ނ. exchange 1. އެއްޗެއް އެހެން މީހެއްގެ އެއްޗަކާ ބަދަލުކުރުން މ. މުދައު، ކުށްވެރީން. ޒުވާބު. ޖެހުމެއް. 2. މާރުކުރާ ފައިސާ. ދެ ޤައުމެއް ނުވަތަ ގިނަ ޤައުމުތަކުގެ މެދުފައި ފައިސާގެ އަގު. 3. ވިޔަފާރިވެރިންނާއި ޙިއްސާ ގަނެ ވިއްކާމީހުން އެއްވާ ތަނެއް. 4. ނަރުން ގުޅާ ފޯނުގެ ކޮޅުތައް އެއްވާ އޮފީސް.
exchangeable
އިކްްޗެއިންޖަބްލް. ނއ. އަކަތި، އެހެން އެއްޗަކާ ބަދަލުކުރެވޭ. މާރުކުރެވޭ.
exchequer
އިކްސްޗެކަރ. ނ. 1. ފައިސާ ދޫކުރުމާއި ޢާމްދަނީ އެއްކުރުމާ ބެހޭ ސަރުކާރުގެ އޮފީސް. 2. ޤައުމެއްގެ ޓްރެޜަރީ. 3. މީހަކަށް ފައިސާ ލިބޭ ގޮތް.
excise 1
އެކްސައިޒް. ނ. ބައެއް ތަކެތި ގަނެ ވިއްކުމުގައި ނުވަތަ ލައިސަންސްތައް ދޫކުރުމުގައި ސަރުކާރަށް ނަގާ ވާރު.
excise 2
އެކްސައިޒް. ކ. ކަފާލައިގެން ވަކިކޮށްލުން. މ. މީހެއްގެ ގައިން ނަގާފައިވާ އުމެއްް. ނ. އެކްސިޜަން. excision.
excitable
އިކްސައިޓަބްލް. ނއ. ފަސޭހައިން އަދި އަވަސް އަވަހަށް ފޯރިއަންނަ (މީހެއް). ނ. excitability.
excite
އިކްސައިޓް. ކ. 1. ކަމެއް ކުރުމުގެ ޝައުޤުވެރިކަމާއި (ފޯރިއާއި) އުފާވެރިކަމުގެ ޝުޢޫރުތައް އުފެއްދުން. ހައިޖާނު އުފެއްދުން. 2. ޝުޢޫރެއް ފަދަ ކަމެއް އުފެއްދުން. 3. ހަށިގަނޑުގެ މަސްކޮޅެއް ނުވަތަ ނާރެއް ޙަރަކާތް ކުރާ ގޮތް ހެދުން.
excited
އިކްސައިޓިޑް. ނއ. ޖޯޝާއި ފޯރި އިޙްސާސްކުރެވޭ ނުވަތަ ދައްކާ. ކއ. excitedly.
excitement
އިކްސައިޓްމަންޓް. ނ. 1. ފޯރިއާއި ޖޯޝް ހުރި ޙަރަކާތެއް ނުވަތަ ހާދިސާއެއް. 2. (ޚާއްޞަކޮށް) އުފާވެރިކަމުގެ ޝުޢޫރުން ފުރިފައިވާ ޙާލަތެއް.
exciting
އިކްސައިޓިން. ނއ. ޝައުޤާއި ބަލާހިތް ނުވަތަ ކަމެއް ކުރާހިތްވުމުގެ ރޫޙް އުފައްދާ. ދިލްޗަސްބު. ކއ. excitingly.
exclaim
އިކްސްކްލެއިމް. ކ. ބިރުން، ތަދުން، އުފަލުން ނުވަތަ ހައިރާންވެގެން ކުއްލިއަކަށް އެއްޗެއް ގޮވާލުން ނުވަތަ ބުނުން.
exclamation
އެކްސްކްލެމެއިޝަން. ނ. 1. ބިރުން ތަދުން، އުފަލުން ނުވަތަ ހައިރާންވެގެން ކުއްލިއަކަށް ގޮވާލާ ލަފުޒު ނުވަތަ ޢިބާރާތް. އިކްސްކްލެއިމް ކުރުމުގެ ޢަމަލު. exclamation mark ޙައިރާން މާކު !. މި ނިޝާން ޖަހަނީ އެގޮތަށް ގޮވާލުމެއް ލިޔާއިރު ނިމޭތަނުގައެވެ.
exclamatory
އިކްސްކްލެމެއިޓަރީ. ނއ. (ބަހާބެހޭގޮތުން) ބިރުން ތަދުން، އުފަލުން ނުވަތަ ހައިރާންވުން ފަދަ ޝުޢޫރުތައް ހާމަކުރާ.
exclude
އިކްސްކްލޫޑް. ކ. 1. އެއްޗެއް ނުވަތަ މީހެއް ތަނަކަށް ވަނަ ނުދިނުން ނުވަތަ ކަމެއްގައި ބައިވެރިވިޔަ ނުދިނުން. 2. ނުގުޅޭތީ ދޫކޮށްލުން. ނުހިމެނުން. 3. ކަމެއްވިޔަނުދިނުން. ހުއްޓުވުން. ނ. exclusion.
exclusive
އިކްސްކުލޫސިވް. ނއ. 1. ބައިވެރިނުކުރާ. ނުވައްދާ. mutually exclusive އެއްގޮތް ޚިޔާރުކުރާނަމަ، އަނެއްގޮތް ދޫކޮށްލަންޖެހޭ. ދެގޮތުން އެއްގޮތް. 2. (ޖަމާޢަތްތަކާއި ގުރޫޕްތަކާ ބެހޭގޮތުން) ފަރުވާތެރިކަމާއެކު ހޮވާ ވަކި ބަޔަކު ވައްދާ. 3. (ފިހާރަތަކާއި މުދަލާ މެދު) މުއްސަނދިންނަށާއި މަތީ ފަންތީގެ މީހުންނަށް ތަކެތި ވިއްކާ. 4. (ޤާނޫނީ މާއްދާތަކާ ބެހޭ ގޮތުން) ބަޔާންކޮށްފައިވާ ކަންތައްތައް ފިޔަވައި އެހެން ހުރިހާ އެއްޗެއް ނުހިމަނައި. 5. (ނޫހުގައި ނުވަތަ މީޑިއާގައިވާ ޚަބަރަކާ ބެހޭ ގޮތުން) އެހެން ނޫސްތަކާއި މިޑީއާ ތަކުން ނުފޮނުވާ، ނުލިޔާ. ހަމައެކަނި ވަކި ނޫހެއްގައި ހިމެނޭ. 6. އެހެން ހުރިހާ ކަމެއް ނުހިމަނައި ޚާއްޞަވެގެން ވުން. މ. އޭނާގެ އިކްސްކްލޫސިވް ވަޒީފާއަކީ މާވަޑިކަމެވެ. exclusive rights އެހެން ފަރާތަކަށް ނުލިބޭ ޙައްޤުތައް. —ކއ. ވިޔަ ކުރުމުގައި ނުހިމަނައި.of our own 20 men exclusive އަހުރެމެންގެ މީހުން ނުހިމަނައި 20 މީހުން. ކއ. exclusively، ނ. exclusiveness.
excommunicate
އެކްސްކޮމިޔުނިކޭޓް. ކ. ނަޞާރާދީނުގައި ފައްޅިއެއްގެ ކަންކަމުގައި ބައިވެރިވިޔަ ނުދީ ބޭރުކޮށްލުން. ނ. excommunication.
excoriate
އެކްސްކޯރިއޭޓް. ކ. 1. މީހެއްގެ ހަނގަނޑުން ބައެއް ވަކިވެގެން ދިއުން، މ. ގޭނިގެން. 2. ވަރަށް ބޮޑަށް ކުށް ދެއްކުން. މ. ފޮތަކަށް ފާޑުކިޔުމުގައި. ނ. excoriation.
excrement
އެކްސްކްރެމެންޓް. ނ. ޖަނަވާރެއް ނުވަތަ އިންސާނެއް ބޮޑުކަމުދާ ތަކެތި. ގުއި.
excrescence
އިކްސްކްރެސެންސް. 1. އެކްސްކްރެސެންސް. ނ. މީހެއްގެ ގައިގައި، ނުވަތަ ގަހެއްގައި، ބޭރަށް ނުކުންނަ ގޮތަށް އުފެދޭ ގަނޑެއް ނުވަތަ އެހެންވެސް ބައެއް. 2. ތަނެއްގެ ރީތިކަން ގެއްލޭ ހުތުރު ބައެއް. މ. ޢިމާރާތެއްގެ.
excreta
އިކްސްކްރީޓަރ. ނ. ހަށިގަނޑުން ބޭރުކޮށްލާ ހަޑިތަކެތި، ޚާއްޞަކޮށް ނަޖިސް.
excrete
އިކްސްކްރީޓް. ކ. ބޭނުން ނުވާތަ ތަކެތި ބޭރުކޮށްލުން. މ. ކުޑަކަމު ނުވަތަ ބޮޑުކަމުދާ ތަކެތި. ނ. excretion.
excretory
އިކްސްކްރީޓަރީ. ނއ. ބޭނުންނުވާ ތަކެތި ބޭރުކުރުމާ ބެހޭ ނުވަތަ އެތަކެއްޗާ ބެހޭ.
excruciating
އިކްސްކްރޫސިއެޓިން. ނއ. 1. ވަރަށް ބޮޑަށް ތަދުވާ. 2. ވަރަށް ލަދުގަންނަ.
exculpate
އެކްސްކަލްޕެއިޓް. ކ. މީހަކު ތުހުމަތަކުން މިނިވަންކުރުން. ކުށެއް ކުރިކަމުގެ އިލްޒާމުން ސަލާމަތްވުން. ނ. exculpation.
excursion
އިކްސްކާރޝަން. ނ. މީހަކު ނުވަތަ ބަޔަކު، އުފަލަށްޓަކައި ފެށިތަނަން އަންނަ ގޮތަށް ކުރާ ދަތުރެއް، ހިނގާލުމެއް.
excursus
އިކްސްކާރސަސް. ނ. މައިގަނޑު ވާހަކައިގެ ބަޔަކަށް ނުވާ، ނަމަވެސް ތަފްޞީލުކޮށް ކަމެއް ކިޔައިދޭން ދައްކާ ވާހަކަ ނުވަތަ ލިޔާ ބަޔާން.
excusable
އިކްސްކިޔުޒަބްލް. ނއ. މަޢާފުދިނުން ޙައްޤުވާ. މަޢާފު ދެވޭ ފަދަ. ކއ. excusably.
excuse 1
އިކްސްކިޔުޒް. ކ. 1. ހާލަތުގެ ގޮތުން ނުވަތަ އެހެން ސަބަބަކާހުރެ، ކުށެއް ކުރި މީހަކަށް މަޢާފުދީ އެކަމާ އަޅާނުލުން. މަޢާފުދިނުން. 2. (ކަމަކާ ނުވަތަ ޙާލަތަކާ މެދު) ކުށެއް ކުރި ސަބަބު ބަޔާންކުރުން. އުޒުރު ދެއްކުން. 3. މަސްއޫލިއްޔަތަކުން ވީއްލުން. އިސްތިސްނާ ދިނުން. excuse me ދެބަސްވާން ޖެހޭއިރު ނުވަތަ ވާހަކަ ދެއްކުމެއް މެދުކަނޑާލާއިރު ރީތި އަދަބުގެ ގޮތުން ބުނާ ޢިބާރާތެއް. excuse oneself އަވަހަށް ތަނަކުން ދާން ޖެހޭތީ އިޒުނައަށް އެދުން.
excuse 2
އިކްސްކިޔުޒް. ނ. ކަމެއް މަޢާފުކުރުމަށް ހުށަހަޅާ ސަބަބު. އުޒުރު.
ex-directory
އެކްސް-ޑިރެކްޓަރީ. ނއ. ގަސްދުގައި ފޯނު ޑިރެކްޓަރީގައި ލިސްޓްކޮށްފައި ނުވާ (ފޯނު ނަންބަރެއް).
ex div
އެކްސް ޑިވް. ކުރުކޮށް ex dividend. ex1 ބަލާ.
execrable
އެކްސިކްރަބްލް. ނއ. ވަރަށް ނުހުންވެވޭ. ވަރަށް ނުރަނގަޅު. މ. އެކްސްކްރަބްލް ޝޯއެއް. ކއ. excrably
execrate
އެކްސިކްރެއިޓް. ކ. ވަރަށް ބޮޑަށް ނަފްރަތު ކުރުން. ލައުނަތަށް އެދި ގޮވުން. ނ. execration.
execute
އެކްސިކިޔުޓް. ކ. 1. ރޭވުމެއް ނުވަތަ އަމުރެއް ފަދަ ކަމެއް ތަންފީޒުކުރުން. 2. ޢަމަލެއް ކުރުން. 3. ފަންނީ އެއްޗެއް އުފެއްދުން. 4. އެއްޗެއް ޤާނޫނީ ގޮތުން ޞައްޙަ އެއްޗަކަށް ހެދުން. މ. ސޮއިކޮށްގެން. 5. މީހަކު ޤާނޫނީ ހަމަތަކުން މަރާލުން.
execution
އެކްސިކިޔުޝަން. ނ. 1. ކަމެއް ތަންފީޒުކުރާ ކުރުން. 2. މިޔުޒިކް ކުޅުމުގެ ހުނަރު. 3. މަރަށް ކަނޑައަޅާފައިވާ މީހަކު ޤާނޫނީ ހަމަތަކުން މަރާލުން.
executioner
އެކްސިކިޔުޝަނަރ. ނ. ވަޒީފާގެ ހައިސިއްޔަތުން މެރުމަށް ހުކުމްކޮށްފައިވާ މީހުން މަރާ މީހާ.
executive
އިގްޒެކެޓިވް. ނ. 1. ވިޔަފާރިއެއް ފަދަ ކަމެއްގައި އެންމެ މަތީ ފަންތީގައި އުޅޭ، ގޮތްތައް ނިންމައި ތަންފީޒުކުރާ މީހާ. 2. މުއައްސަސާއެއް ނުވަތަ ވިޔަފާރިއެއް ހިންގާ މީހުން. —ނއ. ގޮތްތައް ނިންމައި ރޭވުންތައް ތަންފީޒުކޮށް ހަމަތަކާއި ގަވާއިދުތައް ކަނޑައެޅުމުގެ ބާރު ލިބިގެންވާ.
executor
އިގްޒެކިޔުޓަރ. ނ. މަރުވެފައިވާ މީހެއްގެ ފަރާތުން، އޭނާގެ ވަޞިއްޔަތުގައިވާ ގޮތް ތަންފީޒުކުރާ މީހާ. ނ. އަންހެން އިގްޒެކިޔުޓަރ executrix.
exemplary
އިގްޒެމްޕްލަރީ.ނއ. އެހެން މީހުންނަށް ނަމޫނާއަކަށް ވާ ފަދަ. ވަރަށް ރަނގަޅު. exemplary damages އެހެން މީހުންނަށް އިންޒާރަކަށްވާ ފަދަ (މ. އަދަބެއް، ހުކުމެއް).
exemplify
އިގްޒެމްޕްލިފައި. ކ. އެއްޗެއްގެ/ކަމެއްގެ ރަނގަޅު ނަމޫނާއަކަށް ވުނ. މ. މިކުރެހުމުން އޭނާގެ ސްޓައިލް އިގްޒެމްޕްލިފައި ކުރެއެވެ. ނ. exemplification.
exempt
އިގްޒެމްޕްޓް. ކ. މީހަކު ނުވަތަ އެއްޗެއް (ފީއަކުން، ޓެކުހަކުން ނުވަތަ އެހެންވެސް ކަމަކުން) އިސްތިސްނާ ކުރުން.
exercise
އެކްސަސައިޒް. ނ. 1. މީހަކަށް ލިބިފައިވާ ޙައްޤުތައް ނުވަތަ ފިކުރީ ބާރު ބޭނުން ކުރާ ބޭނުންކުރުން. 2. ޞިއްޙަތު ރަނގަޅަށް ބެހެއްޓުމަށް ހަށިގަނޑުން ކުރާ ކަސްރަތު. 3. ފިކުރު ނުވަތަ ޖިސްމު ތަމްރީނު ކުރުމަށް ކުރާ މަސައްކަތެއް ނުވަތަ ޙަރަކާތެއް. 4. އަޅުކަމުގެ ޢަމަލެއް. މ. religious exercises ދީނީ ހަރަކާތްތައް. —ކ. 1. ހަށިގަނޑުގެ ނުވަތަ ފިކުރުގެ ބާރު ބޭނުން ކުރުން. 2. ކަސްރަތު ކުރުން ނުވަތަ ކުރުވުން. 3. ހައިރާންވުން، ފިކުރު ބޮޑުކުރުން. exercise book ލިޔުމަށް ބޭނުންކުރާ ރޮނގުދެމި ބޭރުގަނޑު ތުނި ފޮތެއް.
exert
އިގްޒާޓް. ކ. އަމުރުވެރިކަން، ބާރު، ނުފޫޒު ފަދަ އެއްޗެއް، ކަމެއް ކުރުމަށް ބޭނުން ކުރުން. މ. މެނޭޖަރުން މަސައްކަތްތެރީންނަށް ޕްރެޝަރު އިގްޒާޓް ކުރުން. exert oneself މީހަކު ކަމެއް ކުރުމަށް މަސައްކަތް ކުރުން.
exertion
އިގްޒާޝަން. ނ. 1. ފިކުރުގެ ނުވަތަ ހަށިގަނޑުގެ ގަދަ ބާރު ބޭނުން ކުރުން. 2. ނުފޫޒު ފަދަ އެއްޗެއް (މަތީ ލަފުޒު ބަލާ!) ބޭނުންކުރާ ކުރުން.
exeunt
އެކްސިއަންޓް. ނ. ތަމްސީލު ލިޔާއިރުު، ވަކި ބަޔަކު އިސްޓޭޖުން ފައިބަން ޖެހޭކަން ހާމަކުރަން ލިޔާ ލަފުޒެއް. މ. exeunt Romeo and Juliet ރޯމިއޯ އާއި ޖޫލިއަޓް އިސްޓޭޖުން ފޭބުން.
ex gratia
އެކްސް ގްރޭޝާ. ނއ. ޤާނޫނީގޮތުން ދައްކަން ނުޖެހޭ، މަޖުބޫރުކަމެއް ނެތި ކުރާ ނުވަތަ ދޭ (މ. ފައިސާ).
exhale
އެކްސްހެއިލް. ކ. 1. ފުއްޕާމެއިން ވައި ބޭރުކޮށްލުން. 2. ބޭރަށް ނޭވާލުން. ނ. exhalation.
exhaust
އިގްޒޯސްޓް. ކ. 1. މީހަކު މުޅިން ވަރުބަލިކޮށްލުން. 2. އެއްޗެއް ހުސްވަންދެން ބޭނުންކުރުން. އެއްޗެއް ހުސްކޮށްލުން. 3. ސުރުޚީއަކާ ބެހޭގޮތުން ދެކެވޭނެ ހުރިހާ ވާހަކައެއް ދެއްކުން. 4. ހުރިހާ ގޮތެއް ހުސްކުރުން. exhaust all possibilities ވާނެ، ކުރާނެ ހުރިހާ ގޮތެއް ހުސްކޮށްލުން. —ނ. 1. އިންޖީނަކުން ނުކުންނަ ދުން ނުވަތަ އާވި. 2. އިންޖީނުން މިތަކެތި ނުކުންނަ ހޮޅި.
exhaustion
އިގްޒޯސްޗަން. ނ. 1. ވަރަށް ބޮޑަށް ވަރުބަލިވެފައިވުމުގެ ޙާލަތު. ބާރު މުޅިން ނެތުން. 2. މުޅިން ބޭނުންކުރުން. ހުސްވުން.
exhaustive
އިގްޒޯސްޓިވް. ނއ. މުޅިން، ހުރިހާ ބައެއް ހިމަނައިގެން. މ. exhaustive search ހުރިހާ ތަނެއް އެއްޗެއް ހޯދަން ބަލާ ބެލުން.
exhibit
އިގްޒިބިޓް. ކ. ޢާއްމުންނަށް ދެއްކުމަށް ނެރުން. މައުރަޒުކުރުން. ހާމަކުރުން. —ނ. މިގޮތަށް ހާމަކުރާ އެއްޗެއް ނުވަތަ އެއްޗެތި ތަކެއް. މައުރަޒު. ނ. exhibitor.
exhibition
އެކްސިބިޝަން. ނ. 1. އެއްޗެއް ބަޔަކަށް ދައްކާ ދެއްކުން. 2. ހުށަހެޅުމެއް، ދައްކާލުމެއް. މ. exhibition of temper ރުޅިވެރިކަން ދެއްކުން. 3. މައުރަޒު. ފަންނީ ނުވަތަ ޞަނާޢީ ތަކެތި ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ އާދަޔާ ޚިލާފު ހުނަރު ޢާއްމުންނަށް ދައްކާލާ ހާދިސާއެއް. to make an exhibition of މީހުންނަށް ސޭކެއްހެން ހީވާނޭ ގޮތަށް އުޅުން.
exhibitionist
އެކްސިބިޝަނިސްޓް. ނ. 1. ތިމާއަށް އެހެން މީހުންގެ ނަޒަރުދޭ ގޮތަށް، ސަމާލުކަން ތިމާއަށް ލިބޭގޮތަށް އުޅޭ މީހެއް. 2. ޖިންސީ ގުނަވަން ޢާއްމުންނަށް ދައްކާ މީހެއް. ނ. exhibitionism މިބާވަތުގެ ގޮތަށް އުޅޭ އުޅުން.
exhilarate
އިގްޒިލަރެއިޓް. ކ. ވަރަށް ބޮޑަށް އުފާކުރުވުން. ވަރަށް ޖޯޝް ގެނައުން. ނ. exhilaration.
exhort
އިގްޒޯޓް. ކ. މީހަކަށް ވަރަށް ގަދައަށް ކަމެއް ކުރުމަށް އިރުޝާދު ނުވަތަ ނަސޭހަތް ދިނުން. ނ. އެގްޒޯޓޭޝަން. extortation.
exhume
އިގްޒިއުމް. ކ. އަލުން ބެލުމަށް އެއްޗެއް ކޮނެގެން ނެގުން. ކަށްވަޅެއް ކޮނެ، ޤަބުރެއް އަލުން ނެގުން. ނ. އެކްސްޔޫމޭޝަން. exhumation.
exigency
އެކްސިޖެންސީ. ނ. 1. އަވަސް ޢަމަލުތަކެއް ކުރަން ލާޒިމްކުރާ ކަމެއްގެ އުނދަގޫކަން. 2. ލަސްކޮށްފިނަމަ ގެއްލުންތަކެއް ލިބިދާނެ ކުއްލި ބޭނުމެއް. ޟަރޫރަތު. މ. the exigencies of the situation ޙާލަތެއްގެ ޟަރޫރަތްތެރިކަމުން. 3. އިމަރޖެންސީއެއް.
exigent
އެކްސިޖެންޓް. ނއ. 1. އަވަސް ސަމާލުކަމެއް ދޭންޖެހޭ. މ. އެކްސިޖެންޓް މައްސަލައެއް. 2. މީހުންގެ ފަރާތުން ގިނަ ކަންތައްތަކަށް އެދޭ. މ. އެކްސިޖެންޓް މެނޭޖަރެއް. ކއ. exigently.
exiguous
އިގްޒިގުއަސް. ނއ. ވަރަށް ކުޑަ ނުވަތަ މަދު. މ. އިގްޒިގުއަސް ރޭޓެއްގައި އެއްޗެއް ގަތުން.
exile
އެގްސައިލް. އެގްޒައިލް. ނ. 1. (ޚާއްޞަކޮށް ސިޔާސީ ކަންކަމާ ގުޅިގެން) އަދަބެއްގެ ގޮތުގައި ވަކި ޤައުމަކުން، ސަހަރަކުން ފޮނުވާލުން. އަރުވާލުން. 2. ގެދޮރާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރާކުރުން. 3. އަރުވާލެވިފައިވާ މީހެއް. —ކ. މީހަކު އަރުވާލުން.
exist
އިގްޒިސްޓް. ކ. ވުން. ކަމެއް ވުޖޫދުވެގެން، ޙަޤީޤަތުގައި ވެސް ވުން. މ. Do fairies exist? ޕަރީން އެއީ ޙަޤީޤަތުގައި ވެސް އުޅޭ އެއްޗެއްތަ؟ 2. ޚާއްޞަ ޙާލަތްތަކެއްގައި އުޅޭ، ފެންނަ. 3. ދިރިއުޅުމާއިގެން ކުރިއަށް ދިއުން. މ. we cannot exist without food އަހުރެމެންނަށް ކާނާއާ ނުލާ ނުއުޅެވޭނެއެވެ.
existence
އިގްޒިސްޓަންސް. ނ. 1. އެއްޗެއް ނުވަތަ ކަމެއް ދުނިޔޭގައި ވާ ވުން. 2. ދިރިހުރުން ދެމިގެންދާ ދިއުން. 3. ދިރިހުރުމުގެ (ދިރިއުޅުމުގެ) ވައްޓަފާޅި. މ. she has a miserable existence with him = އެކަނބުލޭގެ އޭނާއާ އެކީ އުޅުނީ ހިތްދަތި ދިރިހުރުމެކެވެ.
existent
އިގްޒިސްޓަންޓް. ނއ. މިހާރުވާ. ޙަޤީޤީ. މައުޖޫދު.
existentialism
އެގްޒިސްޓެންޝަލިޒަމް. ނ. ފަލްސަފާއެއް. މި ފަލްސަފާގައި އިންސާނާއަކީ އެކަނިވާ މީހެކެވެ. ދުނިޔޭގެ ދިރިއުޅުމުގައި މާނައެއް ނުވެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ޢަމަލުތަކަށް ޒިންމާ ކުރެވިގެން ވެއެވެ. އޭނާގެ ތަޤްދީރާއި ކުރިއެރުމަކީ އޭނާ އަމިއްލަ އަށް ބައްޓަންކުރާ އެއްޗެކެވެ. ނ. existentialist.
exit
އެކްސިޓް. (ތަމްސީލުކުޅުމަށް ލިޔާ ލިޔުމުގައި) އޭނާ އިސްޓޭޖުން ފައިބައެވެ. 1. ނ. އިސްޓޭޖުން މީހަކު ފައިބާ ފައިބުން. 2. ނިކުމެގެންދާ ދިއުން. މަޤާމަކުން ތަނަކުން ވަކިވެގެންދާ ދިއުން. 3. ނުކުމެގެންދާ ދޮރު ނުވަތަ މަގު. exit permit ޤައުމަކުން ދިއުމުގެ ހުއްދަ.
exodus
އެކްސޮޑަސް. ނ. 1. ގިނަ ޢަދަދެއްގެ ބައެއް ތަނަކުން ދިއުން. 2. އިންޖީލުގައި ޔަހޫދީން މިސުރު ދޫކޮށް ދިޔަ ގޮތް ލިޔެފައިވާ ބާބަށް ވެސް މި ނަން ކިޔައެވެ.
ex officio
އެކްސް އޮފިޝިއޯ. ރަސްމީ މަޤާމާ ގުޅިގެން. މ. director is a member of this committee ex officio ޑިރެކްޓަރަކީ މަޤާމުގެ ހައިސިއްޔަތުން މި ކޮމިޓީގެ މެންބަރެކެވެ. —ނއ. މަޤާމެއް ފަދަ ކަމެއް ލިބިގެންވާ. މ. ex officio member.
exonerate
އިގްޒޮނަރެއިޓް. ކ. ތުހުމަތަކުން ނުވަތަ އިލްޒާމަކުން މީހަކު މިނިވަން ކުރުން. މީހެއްގެ ކުށެއް ނެތް ކަމަށް ކަނޑައަޅައި ބުނުން. ނ. exoneration.
exorbitant
އިގްޒޯބިޓަންޓް. ނއ. (މުދަލަށް އެދޭ މިންވަރު ނުވަތަ މުދަލުގެ އަގު) މާބޮޑަށް، ނޭކަށޭނަ ވަރަށް ބޮޑު.
exorcise
އެކްސޯސައިޒް. ކ. 1. ކިޔެވެއްޏާއި ފަންޑިތަ ބޭނުންކޮށްގެން ޖިންނި، ތަނަކުން ނުވަތަ މީހެއްގެ ގައިން ފޮނުވާލުން. 2. ބިރުގަތް ނުވަތަ ނުތަނަވަސްކަން މެދުވެރިވި ޙާލަތެއްގެ ގޯސް އަސަރުތައް ފުހެލުން. ނ. exorcism.
exoskeleton
އެކްސޯސްކެލިޓަން. ނ. މައިބަދަނެތް ބައެއް ތަކެތީގެ (މ. ކަކުނީގެ) އެތެރޭގެ ގުނަވަންތައް ރައްކާތެރިކުރުމަށް ބޭރުގައިވާ ތޮށިގަނޑު. ޖަނަވާރެއްގެ ބޭރު ތޮށިގަނޑު ނުވަތަ ބޯ ހަންގަނޑު.
exotic
އިގްޒޯޓިކް. ނއ. 1. (ގަސްގަހާ ލަފުޒާއި ހެދުން އެޅުމާ ބެހޭ ގޮތުން) ބޭރުން އެތެރެކޮށްފައިވާ. ތަނުގެ ޢާއްމު އެއްޗަކަށް ނުވާ. 2. ނުދެކޭތީއާއި ކުލަތަކުގެ ސަބަބުން އަޅައިގަންނަ އަދި ރީތި. ޢަޖާއިބުކުރުވަނިވި އަދި ބީރައްޓެހި. ވިދެޝީ. ނއ. exotically.
expand
އިކްސްޕޭންޑް. ކ. 1. އެއްޗެއްގެ ސައިޒު، މިންވަރު ނުވަތަ މުހިއްމުކަން ބޮޑުކުރުން ނުވަތަ ބޮޑުވުން. މ. ފުއްޕާހަމަކަށް ވައިޖެހުމުން ވާ ގޮތް. 2. ދިގުކޮށް ކަމެއް ކިޔާދިނުން ނުވަތަ ލިޔުން. ޚުލާޞާކޮށްފައިވާ ބުނުމެއް ނުވަތަ ލިޔުމެއް ތަފްޞީލްކުރުން. 3. ފަތްޖެހިފައިވާ (ކުޑަކޮށް އޮތް) ހާލަތުން ފުޅާކޮށް ފަތުރާލުން. 4. އުއްމީދު އާލާވުން. ދީލަތިވުން.
expandable
އިކްސްޕޭންޑަބްލް. ނއ. އިކްސްޕޭންޑް ކުރެވޭ. ބޮޑުކުރެވޭ.
expanse
އިކްސްޕޭންސް. ނ. 1. ބޮޑު އެއްޗެއް ނުވާ ކަނޑުގެ ނުވަތަ ޖައްވުގެ ނުވަތަ ބިމުގެ ސަރަޙައްދެއް.
expansible
އިކްސްޕޭންސިބްލް. ނއ. އިކްސްޕޭންޑް ކުރެވޭ. ބޮޑުކުރެވޭ.
expansion
އިކްސްޕޭންޝަން. ނ. އެއްޗެއްގެ ސައިޒު، މިންވަރު، މުހިއްމުކަން ފަދަ ސިފައެއް ބޮޑުވާ ބޮޑުވުން.
expansionist
އިކްސްޕޭންޝަނިސްޓް. އަމިއްލަ ވިޔަފާރި ނުވަތަ ޤައުމީ ސަރަޙައްދު ފުޅާކުރުމަށް (ބޮޑުކުރުމަށް) އެދޭ ފަރާތެއް.
expansive
އިކްސްޕޭންސިވް. ނއ. 1. (އެއްޗަކާމެދު) ބޮޑުވާ ނުވަތަ ބޮޑުކުރެވޭ. 2. (މީހަކާ މެދު) މީހުންނާ މުޢާމަލާތް ކުރާއިރު އިޚްލާޞްތެރިކަމާއެކު ވާހަކަ ދައްކާ. މ. ޕާޓީގެ އެންމެން ތިބީ އިކްސްޕޭންސިވް ރޫޙެއްގައެވެ. 3. ދީލަތި. މުއްސަނދި. މ. ދިރިއުޅުމުގެ ފޭޑިއެއް. ކއ. expansively، ނ. expansiveness.
expatiate
އެކްސްޕޭޝިއޭޓް. އިކްސްޕޭޝިއޭޓް. ކ. ކަމަކާ މެދު ގިނައިރު ވަންދެން ތަފްޞީލާ އެކު ވާހަކަ ދެއްކުން ނުވަތަ ކަމަކާ ބެހޭގޮތުން ދިގުކޮށް (ތަފްޞީލާއެކު) ލިޔުން. ނ. expatiation.
expatriate 1
އެކްސްޕެޓްރިއެޓް. ކ. 1. އެރުވާލެވުން. އަމިއްލަ ޤައުމުން ނުކުމެ ބޭރު ޤައުމެއްގައި އުޅުން. 2. މީހަކު އޭނާގެ އަމިއްލަ ޤައުމުން ދުރުކުރަން ޤާނޫނު ނުވަތަ ބާރު ބޭނުން ކުރުން. މ. އައު ވެރިން ކުރީގެ ޝާހީ އާއިލާ އެކްސްޕެޓްރިއެޓް ކޮށްފިއެވެ.
expatriate 2
އެކްސްޕެޓްރިއެޓް. ނއ. އެކްސްޕެޓްރިއެޓް ކޮށްފައިވާ. ބޭރު ޤައުމެއްގައި ދިރިއުޅޭ. —ނ. ބޭރު ޤައުމެއްގައި ދިރިއުޅޭ މީހެއް.
expect
އިކްސްޕެކްޓް. ކ. 1. މީހަކު ނުވަތަ އެއްޗެއް އަންނާނެކަމަށް ޤަބޫލުކުރުން ނުވަތަ ވިސްނުން. ކަމެއް ވާނެކަމަށް ހީކުރުން. އިންތިޒާރުކުރުން. 2. އުއްމީދުކުރުން. ކަމަކަށް އެދި، އެކަން ވާނެކަމަށް އިތުބާރު ކުރުން. ކޮންމެހެން ބޭނުންކަމަށް އެދުން. މ. he expects obedience އޭނާ ގަވާއިދުތަކަށް ތަބާވާނެކަމަށް އެދެއެވެ. 3. ވަކި ގޮތަކަށް އުޅޭން ޖެހޭނެ ކަމަށް ވިސްނުން/ހީކުރުން. 4. ޢާއްމުކޮށް ވާގޮތް ނުވަތަ ހީކުރަންޖެހޭ ގޮތް. މ. ކުޑަކުދިން ބަލާ މީހުން ވަރުބަލިވެއެވެ. އެކަން އިކްސްޕެކްޓް ކުރަންޖެހެއެވެ. Be expecting ނުރަސްމީ ބަހުރުވައިން ބަލިވެއިނުން. expecting a baby ބަލިވެއިނދެ.
expectant
އިކްސްޕެކްޓަންޓް. ނއ. އުފާވެރި ނުވަތަ ހިތްގައިމުކަމެއް ވާނެކަމަށް ހީކުރާ. އުއްމީދުން/އިންތިޒާރުން ފުރިފައިވާ. ކއ. expectantly. ނ. expectancy. expectant mother ބަލިވެއިން މައެއް.
expectation
އެކްސްޕެކްޓެއިޝަން. ނ. 1. އުއްމީދާއި އުފަލާ އެކު މުސްތަޤްބަލަށް ބަލާބެލުން. 2. ވާނެކަމަށް ހީކުރާ ކަންތައް. 3. ކަމެއް ވާނެކަމުގެ އަންދާޒާ މިންވަރު. expectation of life ވަކި އުމުރެއްގެ މީހަކު ދުނިޔޭގައި ދިރިހުންނާނޭ މުއްދަތު. expectations ވާރުތައިންލިބޭނޭ މުދަލުގެ އުއްމީދު.
expectorant
އިކްސްޕެކްޓޮރަންޓް. ނ. ކެއްސުމެއް ޖެހުމުން ދޭ، ފުއްޕާމޭގައިވާ އަރުދަފުސް ދިޔާކުރާ ބޭސް.
expectorate
އިކްސްޕެކްޓޮރެއިޓް. ކ. ކެއްސާފައި، ކަރުން ނުވަތަ ފުއްޕާމެއިން ނުކުންނަ އަރުދަފުސް އަނގައިން ބޭރުކޮށްލުން. ކަރުކަހައި ކުޅުޖެހުން. ނ. expectoration.
expedient
އިކްސްޕީޑިއަންޓް. ނއ. 1. ވަކި ކަމަކަށް ރަނގަޅު. 2. އަދުލުވެރި ނުވަތަ ރަނގަޅު ނޫނަސް، ބޭނުންވާ ނަތީޖާ ނެރެވޭ. މ. މަސައްކަތް މުޅިން ނުނިމެނީސް އުޖޫރަ ނުދިނުމަކީ އިކްސްޕީޑިއަންޓް ކަމެކެވެ. —ނ. ކަމެއް ޙާޞިލްކުރެވޭނޭ މަގެއް. —ކއ. expediently، ނ. expediency.
expedite
އެކްސްޕެޑައިޓް. ކ. ކަމެއް އަވަހަށް ވާގޮތް ހެދުން. މ. ޝަރީޢަތެއް އެކްސްޕެޑައިޓްކުރުން.
expedition
އެކްޕެޑިޝަން. ނ. ވަކި މަޤްޞަދެއްގައި އިންތިޒާމްކޮށްގެން ކުރާ ދަތުރެއް. 2. މި ދަތުރުކުރާ އުޅަނދުފަހަރާއި ދަތުރުގެ ބައިވެރީން. 3. އަވަސްކަން. މ. އެ މައްސަލަ އެކްޕެޑިޝަން އާއެކު އޭނާ ޙައްލުކުރިއެވެ.
expeditionary
އެކްސްޕެޑިޝަނަރީ. ނ. 1. އެހެން ގައުމަކަށް ހަނގުރާމައަށް ފޮނުވާ ލަޝްކަރެއް. —ނއ. އެކްސްޕެޑިޝަނަކަށް ނިސްބަތްވާ. އެކްސްޕެޑިޝަނެއްގައި ބޭނުންކުރާ.
expeditious
އެކްސްޕެޑިޝަސް. ނއ. ހަލުވިކަމާއެކު އެދޭ ނަތީޖާ ނެރޭގޮތަށް ޙަރަކާތްތެރިވާ. ކއ. expeditiously.
expel
އިކްސްޕެލް. ކ. 1. މަދަރުސާއަކުން، ޖަމްޢިއްޔާއަކުން ޤައުމަކުން ވަކިވެގެން ދިއުމަށް މަޖުބޫރުކުރުވުން. 2. އެއްޗަކަށް ބާރުލައިގެން (ވައި ނުވަތަ ދިޔައެއް ފަދަ އެއްޗެއް) ބޭރަށް ނެރުން.
expend
އިކްސްޕެންޑް. ކ. ހޭދަކުރުން. މ. ވަގުތު، ފައިސާ، ހަކަތަ ފަދަ ވަސީލަތެއް.
expendable
އިކްސްޕެންޑަބްލް. ނއ. 1. އިކްސްޕެންޑް ކުރެވޭ. 2. އެ އެއްޗަކާ ނުލައި ބޭނުންވާ މަޤްޞަދު ޙާޞިލްކުރެވޭ. ވަކި މަޤްޞަދެއް ޙާޞިލްކުރުމަށް ގުރުބާން ކުރެވިދާނޭ.
expenditure
އިކްސްޕެންޑިޗަރ. ނ. 1. ފައިސާ، މާލު، ހަކަތަ، ވަގުތު ފަދަ އެއްޗެއް ހޭދަކުރާ ހޭދަކުރުން. 2. މިފަދަ އެއްޗެއް ހޭދަކުރި މިންވަރު.
expense
އިކްސްޕެންސް. ނ. 1. އެއްޗެއް ނުވަތަ ކަމެއް ކުރުމުގެ ޚަރަދު. 2. ޚަރަދު ކުރުމުގެ ސަބަބު. މ. ކާރަކީ ބޮޑު އިކްސްޕެންސް އެކެވެ. at the expense of ގެއްލުން ނުވަތަ ދަތިކަން އަންނަ ގޮތަށް. މ. he succeeded at the expense of health އޭނާ ކާމިޔާބު ހޯދީ ޞިއްޙަތު އެކަމުގެ އަގެއްގެ ގޮތުގައި ދައްކާފައެވެ. expense account ވަޒީފާގައި އުޅޭ ފަރާތުން ކުރާ ޚަރަދުތަކަށް، ވަޒީފާދިން ފަރާތުން ދޭންޖެހޭ ޚަރަދުތަކުގެ ރެކޯޑު. expenses ނ. ކަންތައްތަކެއް ކުރުމަށް ދިޔަ ޚަރަދު. މިކަމުގެ ބަދަލުގައި ލިބޭ ފައިސާ.
expensive
އިކްސްޕެންސިވް. ނއ. ވަރަށް ބޮޑު ޚަރަދު ހިނގާ. ޢާއްމު ވަރަށް ވުރެ އަގު ބޮޑު. ކއ. expensively. ނ. expensiveness.
experience
އިކްސްޕީރިއަންސް. ނ. 1. ކަމެއް ކުރުމުގެ ޙަރަކާތްތަކާއި ހާދިސާތަކާއި ތަމްރީނުތައް ސީދާ އިޙްސާސްކުރުން. ތަޖުރިބާ. 2. މިގޮތުގެ މަތިން ލިބޭ ހުނަރާއި މަޢުލޫމާތު. 3. މީހަކަށް ތަޖުރިބާ ލިބޭ ޙަރަކާތް ނުވަތަ ހާދިސާ. —ކ. ޒާތީގޮތުން (އަމިއްލައަށް) ހަރަކާތެއް ހާދިސާއެއް އިޙްސާސްކުރުން. ނއ. experienced ހުނަރާއި މަޢުލޫމާތު ތަޖުރިބާއިން ލިބިފައިވާ.
experiment
އިކްސްޕެރިމަންޓް. ނ. 1. އެއްޗެއް ދަސްކުރުމަށް، ނުވަތަ ތެދުތޯ ބެލުމަށް ނުވަތަ މަސައްކަތްކުރޭތޯ ބެލުމަށް ހަދާ ޓެސްޓް. އަޖުމަބަލާ ބެލުން. 2. މިގޮތުގެ މަތިން ލިބޭ ހުނަރު ނުވަތަ ޢިލްމު. 3. މީހަކަށް ތަޖުރިބާ ލިއްބައިދޭ ހަރަކާތެއް ނުވަތަ ހާދިސާއެއް. —ކ. އިކްސްޕެރިމަންޓް އެއްކުރުން. ނ. experimentation.
experimental
އިކްސްޕެރިމެންޓަލް. ނއ. 1. އިކްސްޕެރިމަންޓް ހެދުމުގައި ބޭނުން ކުރާ ނުވަތަ އެ ކަމަށް ނިސްބަތްވާ. 2. އަދިވެސް ޓެސްޓުކުރުމުގެ މަރުހަލާގައިވާ. ކއ. experimentally.
expert
އެކްސްޕާޓް. ނ. ވަކި ކަމަކާ ބެހޭ ގޮތުން ވަރަށް ގިނަ މަޢުލޫމާތާއި ހުނަރު ލިބިފައިވާ މީހެއް. މާހިރެއް. —ނއ. ގިނަ ހުނަރާއި މަޢުލޫމާތު ލިބިގެންވާ. ކއ. expertly.
expertise
އެކްސްޕާރޓީޒް. ނ. މަސައްކަތަކާއި ނޫނީ ވަކި މާއްދާ އަކާ މެދު ހުންނަ މަތީފެންވަރުގެ އިލްމާއި ހުނަރު.
expiate
އެކްސްޕިއޭޓް. ނ. ކުރެވިފައިވާ ކުށަކަށް ކައްފާރާއެއްގެ ގޮތުގައި (އެ ފާފަ ފުހެލުމަށް) އަދަބެއްލިބިގަތުން ނުވަތަ ކަމެއް ކޮށްދިނުން. ނ. expiation.
expire
އިކްސްޕަޔަރ. ކ. 1. ބޭރަށް ނޭވާލުން. 2. މީހެއްގެ އެންމެ ފަހު ނޭވާ ލުން. މަރުވުން. 3. އެއްޗެއްގެ ރަނގަޅުކަމުގެ މުއްދަތު ނިމުމަކަށް އައުން. މ. ލައިސަންސްއެއް. ނ. expiration.
expiry
އިކްސްޕަޔަރީ. ނ. އެއްޗެއްގެ ޞައްޙަކަމުގެ މުއްދަތު. މ. ކޮންޓްރެކްޓެއް ނުވަތަ ލައިސަންސް އެއްގެ.
explain
އިކްސްޕްލެއިން. ކ. 1. އެއްޗެއް ސާފުކޮށްދިނުން. މައުލޫމާތު ދީގެން ނުވަތަ ސިފަކޮށްދީގެން އޮޅުންފިލުވައި ދިނުން. 2. ވީގޮތް ކިޔަދިނުން. މ. that explains his absence އެކަން އޭނާ ނައި ސަބަބު އޮޅުންފިލުވާ ދެއެވެ. explain away ތުހުމަތު ނުކުރަންވީ ސަބަބު ކިޔާދިނުން. ބަހަނާދެއްކުން. explain oneself މީހަކު ކަމެއް ކުރި ސަބަބު، ނުވަތަ އުޅުނު ގޮތް، ނުވަތަ ބުނި އެއްޗެއްގެ މާނަ ސާފުކޮށްދިނުން.
explanation
އެކްސްޕްލެނޭޝަން. ނ. 1. ކަމެއް އޮޅުންފިލުވާދޭ ބަޔާނެއް ނުވަތަ މަޢުލޫމާތު. ޝަރަޙައެއް. 2. އެއްޗެއް އިކްސްޕްލެއިން ކުރުމުގެ ޢަމަލު.
explanatory
އިކްސްޕްލެނެޓަރީ. ނއ. އެއްޗެއް ބަޔާންކޮށްދޭ، ޝަރަޙަކޮށްދޭ. އެއްޗެއްގެ ތަފްޞީލު ދޭ.
expletive
އިކްސްޕްލީޓިވް. ނ. މީހުން ނަފްރަތު ކުރާ ހުތުރު ލަފުޒެއް. ގަދައަށް ރުޅިއައިސްގެން ބުނާ މާނައެއް ނެތް ލަފުޒެއް.
explicable
އެކްސްޕްލިކަބްލް. ނއ. ސާފުކޮށް އޮޅުފިލުވައިދޭ (ކަމެއް).
explicate
އެކްސްޕްލިކޭޓް. ކ. ޚިޔާލެއް ނުވަތަ ޢިބާރާތެއް ގެ މާނަ ސާފުކޮށް ޞަރީޙަކޮށް ބަޔާންކޮށް ދިނުން.
explicit
އިކްސްޕްލިސިޓް. ނއ. (ދައްކާ ވާހަކަ ނުވަތަ ލިޔުމާ ފިލްމާ ބެހޭ ގޮތުން) ސާފުކޮށް ވަށްބަސް ނުހިމަނައި ބަރާބަރަށް ބުނާ (މ. ތަނަކަށް ދާނެ މިސްރާބު). ޖިންސީ ނުވަތަ ތަޅާފޮޅުމުގެ ޙަރަކާތްތައް ސާފުކޮށް ދައްކާ. ކއ. explicitly. ނ. explicitness.
explode
އިކްސްޕްލޯޑް. ކ. 1. ކުއްލިއަކަށް ބާރުގަދަ އަޑާއި އެކު އެއްޗެއް ގޮވުން. ގޮވާ ގޮތް ހެދުން. 2. (ޝުޢޫރުތަކާ މެދު) ކުއްލިއަކަށް ފަޅައިގެން ދިޔުން (މ. ރުޅި، ހުނުން). 3. (އާބާދީ އާއި މުދައު ލިބުން) ކުއްލިއަކަށް ގިނަވެގެން ދިއުން. 4. ނަޒަރިއްޔާއެއް ނުބައިކަމަށް ސުބޫތު ކޮށް އޭގެ ބޭނުންތެރިކަން ކަނޑާލުން. exploded diagram ކުރެހުމުގެ ވައްތަރެއް. މި ވައްތަރުގައި އިންޖީނެއް ފަދަ އެއްޗެއް ކުރަހާފައި ހުންނާނީ ބައިތައް ދުރުގައި ވަނިކޮށެވެ. އަދި އެތެރެ ބައިތަށް ފެންނަ ގޮތަށެވެ.
exploit 1
އިކްސްޕްލޮއިޓް. ނ. އާދަޔާ ޚިލާފު، ޖެހިލުންކުޑަ އަމަލެއް.
exploit 2
އިކްސްޕްލޮއިޓް. ކ. 1. ޤުދްރަތީ ވަސީލަތްތައް ފައިދާއެއް ހޯދުމަށް ތަފާސްކޮށް، އެއްކޮށް، (މ. ދަގަނޑު ހުރި ގައު ބިމުން ނަގައި) ވިއްކުމަށް ނުވަތަ އެހެންވެސް ބޭނުމަކަށް ތަރައްޤީކުރުން. 2. އެއްޗެއްގެ ނުވަތަ މީހެއްގެ ފުރިހަމަ ބޭނުން ތިމާގެ އަމިއްލަ ފައިދާއަށް އަދި އެއެއްޗެއްގެ ނުވަތަ އެމީހެއްގެ ގެއްލުމަށް ކުރުން. ނ. exploitation.
exploratory
އެކްސްޕްލޮރެޓަރީ. ނއ. އެއްޗަކާ މެދު މަޢުލޫމާތު އިތުރަށް ހޯދުމަށް ކުރާ.
explore
އިކްސްޕްލޯ. ކ. 1. ތަނަކަށް ދަތުރުކޮށް އެތަނާ ބެހޭގޮތުން އުނގެނުން. 2. އަތްލައިބަލައިގެން ތަޖުރިބާކުރުން. 3. ގޮތްތަކާއި އިޚްތިޔާރުތަކާއި މައްސަލަތަކާއި ހައްލުތައް ފަދަ ކަންކަން ދެނެގަތުމަށް ވިސްނުން ހިންގުން. ނ. exploration.
explorer
އިކްސްޕްލޯރަރ. ނ. މީހުން ނުދާ ތަންތަނަށް އެ ތަންތަނުގައިވާ ތަކެތި ބެލުމަށް ދަތުރުކުރާ މީހެއް.
explosion
އިކްސްޕްލޯޝަން. ނ. 1. ބޮމެއް ފަދަ އެއްޗެއް ގޮވާގޮވުން. 2. ހުނުން، ރުޅި ފަދަ ޝުޢޫރެއް ކުއްލިއަކަށް ފަޅައިގެން ދިއުން. 3. ކުއްލިއަކަށް ވަރަށް ގިނަވުން. މ. population explosion އާބާދީ ބޮޑަށް ގިނަވާ ގިނަވުން.
explosive
އިކްސްޕްލޯސިވް. ނއ. 1. ގޮވާ ނުވަތަ ގޮއްވިދާނެ އެއްޗެއް. 2. ކަންކަން ހަމައިން ނެއްޓިގެންދާ ފަދަ ވަރަށް ނުރައްކާތެރި. އެންމެން ގަދައަށް ރުޅިއައިސް ތަޅާފޮޅުމެއް ފަދަ ކަމެއް ކުރިމަތިވެދާ. މ. އިކްސްޕްލޯސިވް ޙާލަތެއް. —ނ. ގޮވާ ތަކެތި. މ. ބަޑިބޭސް.
exponent
އިކްސްޕޮނެންޓް. ނ. 1. ވަކި ނަޒަރިއްޔާއަކަށް ނުވަތަ ސިޔާސަތަކަށް ތާއީދުކުރާ މީހެއް. 2. ޙަޤީޤަތްތައް ބަޔާންކޮށް އެ ތަފްސީރުކުރާ މީހެއް. 3. ހިސާބުގައި ޢަދަދެއް އެއާ ގުނަކުރަންޖެހޭ ފަހަރު އަންގާ ނަންބަރު. މ. 232 = 23 × 23.
export 1
އެކްސްޕޯޓް. ކ. އެއް ޤައުމުން އަނެއް ޤައުމަށް ވިއްކުމަށް މުދާ ފޮނުވުން. ނ. exporter, exportation.
export 2
އެކްސްޕޯޓް. ނ. 1. އެކްސްޕޯޓް ކުރާ ކުރުން. 2. އެކްސްޕޯޓް ކުރާ އެއްޗެއް.
exportable
އިކްސްޕޯޓަބްލް. ނއ. އެކްސްޕޯޓް ކުރެވިދާނެ (މ. މުދަލެއް).
expose
އިކްސްޕޯޒް. ކ. 1. އެއްޗެއް ނުވަތަ މީހެއް، ބޭރުން އުރައެއް ނިވަލެއް ނުލައި މޫސުމުގެ ވާރެއާއި އަވި ފަދަ ކަންތައްތަކަށް ދޫކޮށްލުން. 2. ކޮންމެވެސް ކަހަލަ ގެއްލުމަކަށް ހުށަހެޅުން. 3. ފޮޓޯ ނެގަޓިވް އަށް އަލި އެޅުވުން. 4. ފެންނަގޮތް ހެދުން. ކަޝްފުކުރުން. ހާމަކުރުން. 5. މީހުންނަށް އެނގޭގޮތް ހެދުން. މ. ކުށްކުރި މީހެއް، ފައިސާގެ އޮޅުވާލުމެއް. މީހަކު ކޮށްފައިވާ ގޯސް ކަންތައްތައް ހާމަކުރުން. exposed ނއ. ހިޔާ ނުކޮށް. expose oneself ބަޔަކަށް އޮރިޔާން ހާމަކުރުން.
exposition
އެކްސްޕޮޒިޝަން. ނ. 1. ނަޒަރިއްޔާއެއްގެ ނުވަތަ ޚިޔާލެއްގެ ސާފު ފުރިހަމަ އޮޅުންފިލުވާ ދިނުމެއް. 2. ބޮޑު މައުރަޒެއް.
expostulate
އިކްސްޕޮސްޓިއުލޭޓް. ކ. 1. ޝަކުވާ ނުވަތަ އިޢުތިރާޟްކުރާކަން ބަޔާންކުރުން. 2. އެކުވެރިކަމާއެކު ކަމަކަށް އިންކާރުކުރާކަން ބުނުން. ހެކިތަކާއެކު މީހަކާ ޖަދަލުކުރުން. ނ. expostulation.
exposure
އިކްސްޕޯޜަރ. ނ. 1. ފިނި ނުވަތަ ހޫނު ނުވަތަ ނުރައްކާ ޙާލަތަކަށް ހުށަހެޅޭ ހުށަހެޅުން. މ. އޭނާ މަރުވީ ރޭޑީއޭޝަން އިކްސްޕޯޜަރ އިންނެވެ. 2. ފޮޓޯ ނެގަޓިވް އަށް އަލި އަންނަގޮތް ހަދާ ހެދުން. މިގޮތަށް އަލި އަންނަ މުއްދަތު. 3. ވަކި ބައެއްގެ ގޮތުގައި ފޮޓޯ ފިލްމް އެކްސްޕޯސްކޮށްފައިވާ ބައެއް. 4. ޢާއްމުންނަށް ކަމެއް އެނގޭ އެނގުން. ކަމެއް ފަޅާއަރާ އެރުން. exposure meter އިހުގައި ފިލްމުން ފޮޓޯނަގާއިރު، އަލި ހުންނަވަރު މިނާ މީޓަރެއް. މި މީޓަރުން ނެގަޓިވް އަށް އަދި ހާމަވާން ޖެހޭ މުއްދަތު ނުވަތަ ދިގުމިން ބުނެދެއެވެ.
expound
އިކްސްޕައުންޑް. ކ. ދިގުކޮށް ޞަރީޙަކޮށް އެއްޗެއް އޮޅުންފިލުވާ ދިނުން.
express 1
އިކްސްޕްރެސް ނއ. 1. އަވަހަށް ގެންދާ ނުވަތަ ފޮނުވާ. އަވަހަށް މަންޒިލަށްދާ. މ. ލިފްޓް. މަދު ތަންތަނުގައި ހުއްޓާ ރޭލު. 2. ސާފުކޮށް އަދި ޤަޞްދުގައި ބަޔާންކޮށްފައިވާ. 3. އާއްމުކޮށް ތަކެތި ފޮނުވާ ގޮތަށް ވުރެ އަވަހަށް ފޮނުވާ ގޮތެއް މެދުވެރިކޮށް. މ. (ސިޓީ، ޕާރުސަލް ފޮނުވުން.). —ކއ. ވަރަށް އަވަހަށް، ވަރަށް ބާރު ދުވެއްޔެއްގައި. އެހެން ގޮތްތަކަށް ވުރެ އަވަހަށް ތަކެތި ފޮނުވާ ޚިދުމަތެއް ބޭނުކޮށް. —ނ. އިކްސްޕްރެސް ރޭލެއް. —ކ. އެއްޗެއް ވަރަށް އަވަހަށް ތަނަކަށް ފޮނުވުން.
express 2
އިކްސްޕްރެސް. ކ. 1. އިޙްސާސެއް، ޝުޢޫރެއް، ޚިޔާލެއް ނުވަތަ ޙަޤީޤަތެއް ހާމަކުރުން. 2. އިޙްސާސްވާ ޝުޢޫރެއް ނުވަތަ ހިތަށް އަރާ އެއްޗެއް އަނގަބަހުން، ލިޔުމަކުން ނުވަތަ އެހެން ވެސް ގޮތަކަށް ފާޅުކުރުން. 3. ނިޝާންތަކަކުން ނުވަތަ އެހެން ވެސް ގޮތަކަށް އެއްޗެއް ބަޔާންކުރުން. މ. މެތެމެޓިކްސްގެ އެއްޗެއް. 4. ފިއްތައިގެން ނެރުން. މ. ބުކުން ކިރު ނެރުން. express oneself އަމިއްލަ ޚިޔާލުތަކާއި ޝުޢޫރުތައް ފާޅުކުރުން.
expressible
އިކްސްޕްރެސަބްލް. ނއ. ބަޔާންކުރެވޭ. ބުނެދެވޭ (މ. އިޙްސާސެއް، ޝުޢޫރެއް).
expression
އިކްސްޕްރެޝަން. ނ. 1. ލަފުޒުން ނުވަތަ ޙަރަކާތުން ކަމެއް ކިޔާދޭ ކިޔާދިނުން. 2. ލަފުޒެއް ނުވަތަ އެއް ލަފުޒަށް ވުރެ ގިނަ ލަފުޒު )ޢިބާރާތް). 3. މީހެއްގެ ޝުޢޫރުތައް ހާމަވާ ބަލައިލުމެއް. 4. ވާހަކަދައްކާ ނުވަތަ މިޔުޒިކްކުޅޭ ފޭޑިއެއް. މިފޭޑީގައި ވާހަކައިން ނުވަތަ މިޔުޒިކުން މީހާއަށްކުރާ އަސަރު ފެންނާނެއެވެ. 5. ހިސާބު ޢިލްމުގައި، ވަކި މިންވަރަކާ އެއްވަރު ހިސާބުގެ ރަމްޒުތަކެއް.
expressionism
އިކްސްޕްރެޝަނިޒަމް. ނ. ކުރެހުން ނުވަތަ ތަމްސީލު ނުވަތަ މިޔުޒިކްގެ ފޭޑިއެއް (ސްޓައިލެއް). މި ފޭޑީގައި، ކަންކުރާ މީހާއަށް ކުރަމުންދާ އަސަރު ބޮޑަށް ފާހަގަ ކުރެވޭނެއެވެ. ފެންނަގޮތް ކުރެހުމަށް ވުރެ އިސްކަންދޭނީ ކުރެހުންތެރިޔާއަށް ކުރާ އަސަރުތައް ދެއްކުމަށެވެ. ނ. expressionist.
expressionless
އިކްސްޕްރެޝަންލަސް. ނއ. މީހާގެ ޝުޢޫރުތައް ނުވަތަ ޚިޔާލުތައް ހާމަ ނުވާ (މ. ވާހަކަ ދައްކާ މީހެއްގެ މޫނުމަތިން).
expressive
އިކްސްޕްރެސިވް. ނއ. 1. ވިސްނުން ނުވަތަ އިޙްސާސްތައް ހާމަވާ. މ. އިކްސްޕްރެސިވް އަޑެއް. 2. ހާމަކުރުމަށް އެހީވާ. މ. a tone expressive of anger ރުޅި ހާމަވާ ރާގެއް. ކއ. expressively. ނ. expressiveness.
expressly
އިކްސްޕްރެސްލީ. ކއ. 1. ސާފުކޮށް. ކަނޑައެޅިގެން. މ. I expressly told him to be home before midnight އަހުރެން ސާފުކޮށް މެންދަން ވުމުގެ ކުރިން ގެއަށް އައުމަށް ބުނީމެވެ. 2. ވަކި ޚާއްޞަ ބޭނުމަކަށް.
expressway
އިކްސްޕްރެސްވޭ. ނ. ބޮޑު ސަހަރެއްގެ ތެރެއިން ދާ ފުޅާމަގެން. މިފަދަ މަގަކަށް ސަހަރުތެރޭގައި އުޅަނދު ފަހަރަށް އަރައި ފޭބޭނީ މަދު ދިމާއަކުންނެވެ.
expulsion
އިކްސްޕަލްޝަން. ނ. މަދަރުސާއަކުން، ޖަމްޢިއްޔާއަކުން ނުވަތަ ޤައުމަކުން މީހަކު ފޮނުވާލުމުގެ ޢަމަލު.
expulsive
އިކްސްޕަލްސިވް. ނއ. (ސްކޫލެއް ޖަމްޢިއްޔާއެއް ފަދަ ތަނަކުން) ބޭރުކޮށްލުމަށް އެހީވާ. އެކަމާ ގުޅޭ.
expunge
އިކްސްޕަންޖް. ކ. 1. ލިޔުމަކުން ބައެއް މަޢުލޫމާތު އުނިކުރުން، ކަޑާލުން، ފުހެލުން. 2. އެއްޗެއް ހަނދާން ނެތޭގޮތް ހެދުން.
expurgate
އެކްސްޕަރގެއިޓް. ކ. 1. ލިޔުމަކުން ނޭކަށޭނެ ބައެއް ފުހެލުން ނުވަތަ ކަނޑާލުން. (މިސާލަކަށްޤުރްއާން ތަރުޖަމާއެއްގައި ނުބައިކޮށް މާނަލިޔެފައިވާ އާޔަތެއް، ފޮތެއްގައި ހުތުރު ވާހަކަތަކެއް ލިޔެފައިވާ ބައެއް). expurgation. expurgator.
exquisite
އިކްސްކްވިޒިޓް. ނއ. 1. ވަރަށް ރީތި އަދި ނާޒުކު. 2. ރީތި ހުތުރު ވަރަށް ރަނގަޅަށް އެނގޭ. މ. އޭނާއަށް ހެދުންއެޅުމުގެ އިކްސްކްވިޒިޓް ހުނަރު ލިބިގެންވެއެވެ. 3. ވަރަށް ތޫނު (މ. ތަދު، ރިހުން)، ވަރަށް ބޮޑަށް އިޙްސާސްކުރެވޭ. ކއ. exquisitely.
ex-service
އެކްސް-ސާރވިސް. ނއ. ކުރީގެ ސިފައިންގެ ޙަރަކާތްތަކަށް ނިސްބަތްވާ.
ex-serviceman
އެކްސް-ސާރވިސްމަން. ނ. ކުރިން ސިފައިންގެ ތެރޭގައި އުޅުނު މީހެއް.
extant
އެކްސްޓޭންޓް. ނއ. ގިނަ ދުވަސްވެފައިވާ ނަމަވެސް އަދިވެސް އޮތް (މ. ލިޔުމެއް).
extempore
އެކްސްޓެމްޕަރި. ނއ. ކއ. ކުރިން ތައްޔާރުވުމެއް ނެތި ކުރާ (މ. ވާހަކަ ދެއްކުން).
extemporize
އެކްސްޓެމްޕަރައިޒް. ކ. ކުރިން ކޮށްފައިވާ ފިކުރަކާ ނުލައި ނުވަތަ ތައްޔާރުވުމެއް ނެތި ވާހަކަ ދެއްކުން ނުވަތަ ތަމްސީލެއް ފަދަ އެއްޗެއް ކުޅުން.
extend
އިކްސްޓެންޑް. ކ. 1. ވަގުތު ނުވަތަ ޖާގަ އިތުރުކުރުން. 2. އަތް، ފައި، ހަތަރެސްފައި ދިގަށް ދަމާލުން. 3. ވަކި ހިސާބަކަށް ފޯރުން. އެއް ތަނުން އަނެއް ތަނަށް ގުޅިގެން ފެތުރިފައިވުން. މ. އަހުރެމެންގެ ގޯތި ގޮނޑުދޮށާ ހަމައަށް އިކްސްޓެންޑް ވެއެވެ. 4. ބޮޑުކުރުން. ކަމެއްގައި ހިމެނޭ ކަންތައްތައް އިތުރުކުރުން. 5. ދިނުން. ފޯރުކޮށްދިނުން. މ. މީހަކަށް މެހެމާންދާރީ ނުވަތަ މަރްޙަބާ. 6. (މަސައްކަތާ ބެހޭ ގޮތުން) މީހެއްގެ ޤާބިލްކަށް ފުޅާކޮށް ބޭނުންކުރުން. ނ. extender. extended family ގާތުގައި ދިރިއުޅޭ ތިމާގެ އެންމެން.
extendible
އިކްސްޓެންޑިބްލް. ނއ. އެއްޗެއްގެ ޖާގަ ނުވަތަ ދިގުމިން ނުވަތަ ކަމެއްގެ ވަގުތު ދިގުކުރެވޭ.
extensible
އިކްސްޓެންސިބްލް. ނއ. އިކްސްޓެންޑިބްލް އާ އެއް މާނައެއް.
extension
އިކްސްޓެންޝަން. ނ. 1. އިކްސްޓެންޑް ކުރުމުގެ ޢަމަލު. 2. ޖާގައެއްގެ ބޮޑުމިން. 3. އެއްޗަކާ ގުޅިގެން ދިގުކުރެވިފައިވާ ނުވަތަ ބޮޑުކޮށްފައިވާ ބައި. 4. އިތުރު މުއްދަތެއް. 5. މައި ފޯނާ ގުޅާފައިވާ އިތުރު އެހެން ފޯނެއް. 6. ޔުނިވަރސިޓީ ނުވަތަ ކޮލެޖަކުން ނުރަސްމީ ގޮތުން ފަތުރާ ތަޢުލީމު.
extensive
އިކްސްޓެންސިވް. ނއ. 1. ސަރަޙައްދުގެ ގޮތުން ބޮޑު ނުވަތަ ފުޅާ. މ. އިކްސްޓެންސިވް ބަގީޗާއެއް. 2. ދުރަށް ދާ، ފުޅާ، ފެތުރިގެންވާ. މ. extensive knowledge ފުޅާކޮށް (އެތައް ކަމަކާ ގުޅޭ ޢިލްމު). ކއ. extensively. ނ. extensiveness.
extent
އިކްޓެންޓް. ނ. 1. އެއްޗެއްގެ ހައްދު ނުވަތަ ބޮޑުމިން. އެއްޗަކުން ނުވަތަ ކަމަކުން އަސަރުކުރާ ސަރަޙައްދު. މ. ބޮމެއް ގޮވުމުން ގެއްލުންވާ ދާއިރާ. 2. އެއްޗެއް ފެތުރޭ ދުރުމިން ނުވަތަ އިން. 3. ބޮޑު ދާއިރާއެއް. މ. ޗަކަސް އިކްސްޓެންޓް އެއް.
extenuate
އިކްސްްޓެނުއެއިޓް. ކ. ބައެއް ކަންކަމަށް ރިއާޔަތްކޮށް، މީހަކު ކުރި ކުށެއްގެ ބޮޑުމިން ކުޑަވެގެންދާ ގޮތަށް ބައެއް މަޢާފުކުރުން. މ. އޭނާ ސައިކަލް ބާރަށް ދުއްވީ މީހަކު މަރުވާތީ ހޮސްޕިޓަލަށް ދާންވެގެންނެވެ. މި ހާލަތަކީ އިކްސްޓެނުއެއިންޓިން ޙާލަތަކަށް ވާތީ ޖުރުމާނާ ދެބައިކުޑަކުރަން ނިންމިއެވެ. ނ. extenuation.
exterior
އިކްސްޓީރިއަރ. ނއ. ބޭރުގައި، ބޭރުން އަންނަ. މ. އިކްސްޓީރިއަރ ފާރުގައިލާ ކުލަ. —ނ. އެއްޗެއްގެ ބޭރު ފަރާތް، ބޭރުބައި ނުވަތަ ބޭރުފެންނަ ގޮތް.
exterminate
އިކްޓާމިނެއިޓް. ކ. އެއްޗެއްގެ ހުރިހާ މިސާލެއް ނުވަތަ އަދަދެއް މުޅިން ނައްތައިލުން. މ. ހުރިހާ ހަރުފަތަކެއް މަރާލުން. ކަށިވިދުރީގެ ޖަރާސީމު ނައްތައިލުން. މި ލަފުޒު މީހަކު ނުވަތަ ނަސްލެއް މުޅިން ނައްތާލުމަށް ވެސް ބޭނުން ކުރެއެވެ.
external
އިކްސްޓާރނަލް. ނއ. 1. ބޭރުގައި ނުވަތަ ފެންނަ ބައިގެ ބޭރުގައިވާ. ޚާރިޖީ. ޤައުމެއްގެ، ޖަމްޢިއްޔާއެއްގެ ނުވަތަ މީހެއްގެ ބޭރަށް ނިސްބަތްވާ. 2. ހަށިގަނޑުން ބޭރުގެ ނުވަތަ ބޭރުގައި. external use only (ބޭހަކާ މެދު، ހަށީގެ ބޭރުގައި ބޭނުންކުރާ). 3. ބޭރުގެ ފަރާތަކުން ހޯދިފައިވާ ނުވަތަ އަންނަ. 4. މީހެއްގެ ޖިސްމުން ބޭރު. އޭނާގެ ފިކުރުގައި ނުހިމެނޭ. ކއ. externally. ނ. externals ބޭރުން ފެންނަ ފެނުންތައް.
extinct
އިކްސްޓިންކްޓް. ނއ. 1. މިހާރު ނުއަނދާ. މ. އަލިފާން ފަރުބަދައެއް. 2. މިހާރު ނުއުޅޭ، މިހާރު ދިރިނުއުޅޭ. އިކްސްޓިންކްޓް ޖަނަވާރުތައް = ނަސްލު އުވި ގޮސްފައިވާ ޖަނަވާރުތައް.
extinction
އިކްސްޓިންކްޝަން. ނ. 1. އެއްޗެއް ވުޖޫދުވެގެން ނުވާ ޙާލަތެއް. 2. އިކްސްޓިންކްޓް ވާ ވުން ނުވަތަ ކުރާކުރުން.
extinguish
އިކްސްޓިންގުއިޝް. ކ. 1. އައްޔެއް ނުވަތަ އަލިފާން ނިވާލުން. ނިޔައުވުން. 2. އެއްޗެއް ވެގެން ވުން (ވުޖޫދުވެގެން ވުން) ނިމުމަކަށް ގެނައުން (މ. އުއްމީދު، ލޯބ).
extinguisher
އިކްސްޓިންގުއިޝަރ. ނ. އަލިފާން ނިވާ ތަކެތި އަޅާފައި ހުންނަ ފުޅި.
extirpate
އެކްސްޓަރޕެއިޓް. ކ. މުލާއި އެކު ލުހެލައި މުޅީން ނައްތާލުން. އެއްޗެއް މުޅީން ހަލާކުކޮށްލުން. ނ. extirpation.
extol
އިކްސްޓޯލް. ކ. މީހަކަށް ނުވަތަ ކަމަކަށް ވަރަށް ޖޯޝާއެކު ސަނާކިޔުން.
extort
އިކްސްޓޯޓް. ކ. ބިރުދައްކައިގެން، ބާރުން ނުވަތަ އުނދަގުލާއެކު އެއްޗެއް ހޯދުން. ނ. extortion ބިރުދައްކައިގެން (މ. ފައިސާ) ހޯދާހޯދުން. ނ. extortioner.
extortionate
އިކްސްޓޯޝަނޭޓް. ނއ. 1. އާދަޔާ ޚިލާފަށް އަގުބޮޑު. މ. މިޒަމާނުގެ ފޮތްތަކުގެ އަގު އިކްސްޓޯޝަނޭޓް އެވެ. 2. ކަންކަމަށް އެދޭ މިންވަރު މާ ގިނަ. ކއ. extortionately.
extra
އެކްސްޓްރާ. ނއ. އިތުރު. އާއްމު ވަރަށް ވުރެ ނުވަތަ އުއްމީދުކުރި ވަރަށް ވުރެ ގިނަ ނުވަތަ ބޮޑު. —ކއ. 1. ޢާއްމު ވަރަށް ވުރެ ބޮޑު ނުވަތަ ގިނަ. މ. އެކްސްޓްރާ ސްޓްރޯންގ = ވަކިން (އިތުރަށް) ގަދަ. 2. މުޢާމަލާތެއްގައި އިތުރަށް ފައިސާ ދައްކަން ޖެހޭ އެއްޗެއް ނުވަތަ ޚިދުމަތެއް. 3. ބެޓުން ޖެހުން ފިޔަވައި، ކްރިކެޓްގައި ލަނޑު ލިބޭ ގޮތެއް. 4. ނޫހެއް ފަދަ އެއްޗެއްގެ ޚާއްޞަ އިތުރު ޢަދަދެއް. 5. ފިލްމެއްގެ މަންޒަރެއްގެ އެތައް ބައެއް ދައްކާއިރު ބޯގިނަކުރަން އިތުރުކުރާ މީހެއް. ކުޑަ ބައެއް ކުޅޭ ފިލްމެއްގެ ބައިވެރިއެއް.
extra-
އެކްސްޓްރާ. ބައެއް ލަފުޒުގެ ކުރިއަށް އެއްކުރުމުން، އިމެއްގެ ބޭރުން، އިތުރަށް، ވަކި ކަމެއްގައި ނުހިމެނޭ މިފަދަ ގޮތަކަށް މާނަ ބަދަލުވާ ޕްރިފިކްސް އެއް. ޕްރިފިކްސްއަކީ މާނަ ބަދަލުކުރުމަށް ލަފުޒެއްގެ ކުރިއަށް އެއްކުރާ ބައެކެވެ.
extract 1
އިކްސްޓްރެކްޓް. ކ. 1. ގަދައަށް ހަރުވެފައިވާ އެއްޗެއް ބާރުލައިގެން ވަކިކޮށްލުން. މ. ދަތެއް. 2. ފައިސާ، މަޢުލޫމާތު ފަދަ އެއްޗެއް އެ ދޭން ބޭނުން ނުވާ މީހެއްގެ ފަރާތުން، ކޮންމެވެސް ގޮތަކުން ހޯދުން. 3. ފިއްތައިގެން ނުވަތަ އެހެން ވެސް ގޮތަކުން ލިބޯ ފަދަ އެއްޗަކުން ހުތް ނެގުން. 4. ފޮތަކުން ފަދަ އެއްޗަކުން މަޢުލޫމާތު ނުވަތަ ބައެއް ނެގުން. 5. ކަމަކުން އުފާ ހޯދުން. ނ. extractor.
extract 2
އެކްސްޓްރެކްޓް. ނ. 1. އެއްޗެއް ގިރުވައިގެން ނުވަތަ އެހެންވެސް ކަމެއް ކޮށްގެން ވަކިކުރާ އެއްޗެއް. (މ. ޚާއްޞަ ގަލަކުން އެލުމިނިއަމް). 2. ވަކި މާއްދާއެއް ގިނައިން ހުންނަ، އެހެން އެއްޗަކުން އުފައްދާ އެއްޗެއް. (މ. ފިނިފެންމަލުން ފިނިފެންމާ ތެޔޮ). 3. ފޮތެއް ފިލްމެއް ފަދަ އެއްޗަކުން ތަންކޮޅެއް.
extraction
އިކްސްޓްރެކްޝަން. ނ. 1. އެއްޗެއް ތަނަކުން ގަދަކަމުން އުފުރާ އުފުރާލުން. 2. އެހެން ޤައުމަކުން ހިޖުރަކުރި ދަރިފަސްކޮޅަކަށް ނިސްބަތްވާ ނިސްބަތްވުން. މ. އޭނާއަކީ ޔަމަނު އިކްސްޓްރެކްޝަންގެ މީހެކެވެ.
extraditable
އެކްސްޓްރެޑިޓަބްލް. ނއ. ކުށެއް ކުރުމާ ގުޅިގެން އެހެން ޤައުމަކަށް ގެންދެވޭ ނުވަތަ ގެނެވޭ. އިކްސްޓްރެޑިކްޓް ކުރެވޭ ކުރެވޭ.
extradite
އެކްސްޓްރެޑައިޓް. ކ. 1. ކުށެއް އެހެން ޤައުމެއްގައި ކޮށްފައިވާ މީހެއް، އެކަން ކުރި ޤައުމަށް ފޮނުވުން. 2. އެފަދަ މީހެއް ޝަރީޢަތްކުރުމަށް ވަކި ޤައުމަކަށް ގެނައުން. ނ. extradition
extramarital
އެކްސްޓްރާމެރިޓަލް. ނއ. ކައިވެނީގެ ބޭރުން ހިންގާ ޖިންސީ ގުޅުންތަކަށް ނިސްބަތްވާ.
extramural
އެކްސްޓްރާމިއުރަލް. ނއ. (ޔުނިވަރސިޓީތަކުގެ ކޯސްތަކަށް ނިސްބަތްކޮށް) ޔުނިވަރސިޓީގައި ރަޖިސްޓްރީވެގެން ކިޔަވާ ދަރިވަރުން ނޫން އެހެން މީހުންނަށް ހިންގާ.
extraneous
އިކްސްޓްރެއިނިއަސް. ނ. 1. ކަމަކާ ނުވަތަ މައުޟޫޢުއާ ސީދާ ނުގުޅޭ ނުވަތަ އެކަމަށް ނިސްބަތްނުވާ. މ. އިކްސްޓްރެއިނިއަސް މަޢުލޫމާތު. 2. ބޭރަށް ނިސްބަތްވާ (ޚާރިޖީ).
extraordinary
އިކްސްޓްރާއޯޑިނަރީ. ނއ. 1. އާދަޔާ ޚިލާފު. ޚާއްޞަ. ބީރައްޓެހި. 2. އާއްމުނޫން. މ. extraordinary general meeting ޚާއްޞަ ޢާއްމު ޖަލްސާއެއް. ކއ. extraordinarily.
extrapolate
އިކްސްޓްރާޕޮލޭޓް. ކ. ލިބިފައިވާ ޑޭޓާގެ ބޭރުން، ނަމަވެސް އެ ޑޭޓާއަށް ނިސްބަތްކޮށް ކަމަކަށް އަންދާޒާއެއް ކުރުން. މ. އާބާދީ ގިނަވާ ނިސްބަތަށް ބަލައި މީގެ ދިހަ އަހަރު ފަހުގެ އާބާދީ އަންދާޒާކުރުން. ނ. extrapolation.
extra-sensory
އެކްސްޓްރާ-ސެންސަރީ. ނއ. (ފަހުމްވުމާ ބެހޭ ގޮތުން) ފަސް ހިއްސުގެ ބޭރުން ކަންކަން އެނގުމަށް ނިސްބަތްވާ.
extraterrestrial
އެކްސްޓްރާޓެރެސްޓްރިއަލް. ނއ. ދުނިޔެއާއި ދުނިޔޭގެ ޖައްވުން ބޭރަށް ނިސްބަތްވާ.
extravagant
އިކްސްޓްރެވެގަންޓް. ނއ. 1. ތަކެތި (މ. ފައިސާ) ބޭނުންވާ ވަރަށް ވުރެ އިތުރަށް ހޭދަކުރާ. 2. (އަގުތަކާ މެދު) މާބޮޑަށް ވެސް ބޮޑު. 3. (ޚިޔާލާއި، ސަނާކިޔުމާއި އުޅުން ފަދަ ކަންތައްތަކާ މެދު) އެދެވޭ، އެކަށީގެންވާ ވަރަށް ވުރެ މާ ގިނަ ނުވަތަ ބޮޑު. ކޮންޓްރޯލެއް ނެތް. ކއ. extravagantly. ނ. extravagance.
extravaganza
އިކްސްޓްރެވެގެންޒާ. ނ. 1. މުނިފޫހިފިލުވުމުގެ ކަންތައްބޮޑު، ޚަރަދު ބޮޑު، ފޯރިގަދަ ކަމެއް. 2. އަގު ބޮޑު، ކަންތައްތައް ވަރަށް ފުރިހަމަކޮށްފައިވާ ފިލްމެއް ނުވަތަ ތަމްސީލެއް. 3. އާދަޔާ ޚިލާފަށް ތަފާތު މިޔުޒިކެއް.
extreme
އިކްސްޓްރީމް. ނއ. 1. ދަރަޖައިގެ ގޮތުން ބޮޑު. އިންތިހާ. ނިހާއީ. މ. އިކްސްޓްރީމް ފިނިކަން. 2. ދެކޮޅުގައި، އެންމެ ދުރުގައި، އެންމެ ބޭރުގައި. 3. ޚިޔާލުގައި ނުވަތަ ޢަމަލުގައި ކޮޅަށް ދިއުން. މެދުމިނެއް ނޫން. —ނ. extreme 1. އެއްޗެއްގެ ދެކޮޅުން ކޮޅެއް. 2. ކަމެއްގެ މަތީ ދަރަޖަ. —ކއ. extremely. go to extremes ކަމެއްގެ އެންމެ މަތީ ދަރަޖައިން ކުރާ ޢަމަލު. in the extreme ވަރަށް މަތީ ދަރަޖައަކަށް.
extremist
އިކްސްޓްރިމިސްޓް. ނ. ގިނަ މީހުންނަށް ޤަބޫލުނުކުރެވޭ، އަދި ހަމަތަކާ ޚިލާފު ޚިޔާލުތަކާއި ވިސްނުން ގެންގުޅޭ މީހެއް.
extremity
އިކްސްޓްރެމެޓީ. ނ. 1. އެއްޗެއްގެ މެދުން އެންމެ ދުރު ތަން. އެއްޗެއްގެ ކޮޅު. 2. އެއްޗެއްގެ ބޭނުން ނުވަތަ ނުރައްކާ ނުވަތަ އިޙްސާސްގެ އެންމެ މަތީ ދަރަޖަ. extremities އަތާއި ފައި.
extricable
އިކްސްޓްރިކަބްލް. ނއ. ޖެހިފައިވާ ދަލަކުން ފަދަ އެއްޗަކުން ސަލާމަތްވެވޭ، މިނިވަންވެވޭ، ދުރުވެވޭ.
extricate
އެކްސްޓްރިކެއިޓް. ކ. ދަތިކަމާއެކު، ދަލެއް ފަދަ އެއްޗެއްގައި ޖެހިފައިވާ މީދަލެއް ފަދަ އެއްޗެއް މިނިވަންކުރުން. އެއްޗެއް ދަތިކަމާއެކު ތަނަކުން ދުރުކުރުން. އޮޅިފައިވާ އެއްޗެއް ދޫކޮށްލުން. ދައްޗަކުން މިނިވަންވުން. extrication.
extrovert
އެކްސްޓްރޮވާރޓް. ނ. އެހެން މީހުންނާ އެކު އުޅޭ ހިތްވާ ޖޯޝް ހުރި މީހެއް. އަމިއްލަ ޚިޔާލާއި ޝުޢޫރުތަކަށް ވުރެ، ވަށައިގެންވާ މީހުންނާއި ތަކެއްޗަށް ޝައުޤުވެރިކަން ހުރި މީހުންނާ ގުޅޭ މީހެއް. ނއ. extroverted މި ސިފަ ލިބިފައިވާ.
extrude
އިކްސްޓްރޫޑް. ކ. 1. (ޚާއްޞަކޮށް ހިމަ ލޯވަޅަކުން) ކޮށްޕައިގެން އެއްޗަކަށް ސިފަގެނައުން. 2. ޕްލާސްޓިކާއި މަޢުދަން ފަދަ ތަކެތި، ވަކި ސިފައަކަށް ހަދާފައިވާ ލޯވަޅަކުން ކޮށްޕައިގެން ސިފައެއް ގެނައުން. (ކުޑަދޮރު ހަދާ އެލްމިނިއަމް ފަތި ހަދަނީ މިގޮތަށެވެ.). ނ. extrusion.
exuberant
އިގްޒޫބަރަންޓް. ނއ. (މީހުންނާއި އުޅުމާ މެދު) 1. ވަރަށް ޚަރަކާތްތެރި، މުރާލި. ގަދަ ރޫޙަކާ އެކު. 2. (ގަސްތަކާ މެދު) ވަރަށް ފެހިކޮށް ރަނގަޅަށް ހެދޭ. 3. (ބުދު ހެދުން ފަދަ ފަންނުތަކާ މެދު) ޚިޔާލު ތަނަވަސް ފޭޑިއެއްގައި. ކއ. exuberantly. ނ. exuberance.
exude
އިގްޒޫޑް. ކ. 1. ދައު، އަތަރުގެ ވަސް ފަދައިން ބޭރަށް ނުކުތުން. ދިޔައެއް ނަމަ، ފޭދިގެން ފަދަ ގޮތަކަށް ނުކުތުން. 2. ލޯބި، ތަދު، ނަފްސަށް އޮންނަ ޔަޤީންކަން ފަދަ ޝުއޫރުތައް ހިފެހެއްޓުމެއް ނެތި ހާމަވާ. ނ. exudation.
exult
އިގްޒަލްޓް. ކ. އުފާވެރިކަމާއި ލައްޒަތު ބޮޑަށް ހާމަކުރުން (ޚާއްޞަކޮށް އެހެން ބައެއްގެ ނާކާމިޔާބަށް ނުވަތަ ތިމާގެ ކާމިޔާބަށް). ނ. exultation. ނއ. exulting.
eye
އައި. ނ. 1. އިންސާނުންނާއި ޖަނަވާރުންނަށް ފެންނަ ގުނަވަން. ލޯ. 2. ލޮލުގެ ކަޅި. 3. މޫނުގެ ލޯ ވަށައިގެންވާ ހިސާބު. 4. ފެނުމުގެ ބާރު. ނޫރު. ރަނގަޅަށް ބެލުން. 5. ލޮލާ ވައްތަރުގެ އެއްޗެއް. މ. ސާމަރާދޫނީގެ ފަތުގެ ލައް. އަލުވީގެ ކުރިފަޅާތަން. 6. ތިނޯހެއްގެ ފަނގަ. —ކ. eye. ބެލުން. all my eyes ނުރަސްމީ ބަހުން ތާކުންތާު ނުޖެހޭ ވާހަކަ. an eye for an eye ޤިޞާސް ހިފުން. ބަދަލުގައި ލިބުނު އަނިޔާ އާ އެއްފަދަ ކަމެއް ކުރުން. cast/run an eye over އަވަހަށް ލޯ ހިންގާލައި ކަމެއް ބެލުން. do a person in the eye ނުރަސްމީ ބަހުރުވައިން މީހަކަށް މަކަރު ހެދުން ނުވަތަ ކަމެއް ކުރިއަ ނުދިނުން. eye of a storm ޠޫފާނެއްގެ މެދުގައިވާ ހިމޭން ތެމާ ތަން. eye of the wind ވައިޖެހޭ ސީދާ ދިމާ. eyes down ބިންގޯ ކުޅެން ފަށާ ފެށުން. get one’s eye in ޓެނިސް ކުޅޭއިރު، ބޯޅަ އަންނަ ބާރުކަމާއި ދުރުމިން އެނގޭ މިންވަރަށް އެ ކުޅިވަރަށް ފަރިތަވުން. in the eyes of (ވަކި މީހެއްގެ) ޚިޔާލުގައި. keep an eye on އަޅާލުންތެރިކަން ދިނުން. ފަރުވާތެރިކަމާއެކު ބެލެހެއްޓުން. keep one’s eyes open/skinned ސަމާލުކަމާއެކު ބެލުން. make eyes at މީހަކާ ދިމާއަށް ޖަޒުބާތާއެކު ބެލުން. see eye to eye މީހަކާ މުޅިން ޚިޔާލު އެއްގޮތްވުން. up to the eyes ވަރަށް ބޮޑަށް ކަމެއްގައި މަޝްޣޫލުވެގެން ވުން. wind’s eye މަތީގައި ބުނެވުނު eye of the wind އާ އެއް މާނައެއް. in the wind’s eye ވަޔާ ސީދާ އިދިކޮޅަށް. with an eye to ވަކި މަޤްޞަދެއްގައި. ފައިދާއެއް ލިބިގަތުމަށް. with one’s eyes open ފުރިހަމަ ހޭލުންތެރިކަމާ އެކު.
eyeball
އައިބޯލް. ނ. ލޮލުގެ ތެރޭގައިވާ ލޮލުގެ ބޮނޑި. eyeball to eyeball ނުރަސްމީ ބަހުރުވައިން ގާތުން މީހަކާ ކުރިމަތިލުން.
eyebath
އައިބާތް. ނ. ލޮލުގެ ބޮނޑިއަށް ދިޔައެއް އެޅުމަށް ބޭނުން ކުރާ ލޮލުގެ ވަށައިގެން ޖެހޭ ގޮތަށް ހުންނަ ފޫނެތް ކުޑަ ޖޯޑެއް.
eyebrow
އައިބްރޯ. ނ. ލޮލުގެ މަތީގައި ދިގުކޮށް ހުންނަ އިސްތަށިފަށް. ބުމަ.
eyeful
އައިފުލް. ނ. 1. ވަޔާއެކު ނުވަތަ އެއްލީމާ ލޮލަށް ވަންނަ ވެލި ފަދަ ތަކެތި. 2. ނުރަސްމީ ބަހުރުވައިން ވަރަށް ބޮޑަށް ބަލާ ބެލުން. 3. ނުރަސްމީ ބަހުރުވައިން މަދުން ފެންނަ ހިތްގައިމު އެއްޗެއް ނުވަތަ މަންޒަރެއް.
eyelash
އައިލޭޝް. ނ. ލޮލުގެ ރަވައިގައި ފަޅާފައި ހުންނަ އިސްތަށި. އެސްފިޔަ.
eyeless
އައިލަސް. ނއ. ލޯނެތް. (މ. ޖަނަވާރު)
eyelet
އައިލަޓް. ނ. 1. ފޮތިގަނޑެއް ފަދަ އެއްޗެއްގައި ވަލެއް ގެންދިއުމަށް ވަށައިގެން މަޢުދަން ފަށެއް އަޅާފައި ހުންނަ ލޯވަޅު. 2. ވަށައިގެން ތިނޯހުން ކައިރި ހަދާފައި ހުންނަ ފޮތީގައި އަޅާ ލޯވަޅު.
eyelid
އައިލިޑް. ނ. ލޯ ފޮރުވާލުމަށް ލޮލުގެ މައްޗާއި ތިރީގައިވާ ދެ ހަންކޮޅު. ލޮލުގެ ބޮނޑި، ޕަލަކު.
eye-liner
އައި-ލައިނަރ. ނ. ލޮލުގެ ވަށައިގެން ޒީނަތެއްގެ ގޮތުގައި ދަމާ ރޮނގެއް.
eye-opener
އައި-އޯޕަނަރ. ނ. ހައިރާންކަން ނުވަތަ ކުއްލިއަކަށް ކަމެއް އޮޅުން ފިލުން ގެނުވާ ޙަޤީޤަތެއް ނުވަތަ ޙާލަތެއް.
eyepiece
އައިޕީސް. ނ. ދުރުމިއެއްގައި ނުވަތަ މައިކްރޮސްކޯޕެއްގައި ލޮލާ އެންމެ ކައިރިއަށް ހުންނަ ލެންސް. މިގޮތަށް ގިނައިން ބޭނުންކުރަނީ ބޮޑުވާ ބިއްލޫރި އެވެ.
eye-shade
އައި-ޝޭޑް. ނ. ގަދަ އަލިން ލޯ ރައްކާތެރިކުރުމަށް ހުންނަ އެއްޗެއް.
eye-shadow
އައި-ޝެޑޯ. ނ. ލޮލުގެ ވަށައިގެންވާ ހަމުގައި ޒީނަތަކަށް ޖައްސާ ކުލަ.
eyesight
އައިސައިޓް. ނ. 1. ފެނުމުގެ ޤާބިލްކަން. 2. ލޮލަށް ފެންނަ ސަރަޙައްދު ނުވަތަ ހިސާބު.
eyesore
އައިސޯރ. ނ. ބަލައިލުމަށް ހުތުރު. ލޮލަށް ފިނިކަން ނުގެންނަ ހަޑި އެއްޗެއް.
eye-tooth
އައިޓޫތް. ނ. ބުޅާ ފަދަ ވަކިއަޅާ ޖަނަވާރުތަކުގައި، ލޮލުގެ ތިރިން މަތީ ދަތްޕިލާގައިވާ ދަތް.
eyewash
އައިވޮޝް. ނ. 1. ދޮވުމަށްޓަކައި، ލޮލަށް އެޅުމަށް ބޭނުންކުރާ ލޯޝަނެއް. 2. މީހުން ދެކޭ ގޮތް ބަދަލުކުރުމަށް، މާ ރަނގަޅުވެގެންކަމަށް ހަދައިގެން ދައްކާ ވާހަކަ ނުވަތަ އުޅޭގޮތް.
eyewitness
އައިވިޓްނަސް. ނ. އެކްސިޑަންޓް ފަދަ ކަމެއް ނުވަތަ ކުށެއް ކުރާތަން ލޮލުން ދުން މީހެއް. ހެއްކެއް.
eyrie
އައިރީ. ނ. 1. ބާޒުފަދަ މަސްކާ ދޫންޏެއްގެ ހާއްޔެއް. މިފަދަ ދޫނީގެ ހާލި ހުންނަނީ ފަސޭހައިން މީހުންނަށް ކައިރި ނުވެވޭހާ އުހުގައެވެ. 2. ވަރަށް އުހުގައި ހަދާފައިވާ ގެއެއް ފަދަ ތަނެއް.
Fasayhain English dhas kohlevayne app viyas YouTube viyas ageh nagaigen viyas koladhinun edheh. ilmee bayfulhun mifadha masaikai koh dhinumakee aguhuri kaneh kamah .
Very Yoseful.
Sir! “B” ge Radheef kobaithoa?
Great work to the community ! Thank you Sir
Good
Another wow job! Quite a service to our language. Quite an addition to your personal achievements.
Keep going, Hassan.
Dr hassan hameed ge mi liun thah kiyan beynunvaathee smart phone gengulhenee thank u sir