A
އޭ (ނ) އިނގިރޭސި އަލިފުބާގެ ފުރަތަމަ އަކުރު. 1A، އެންމެ ރަނގަޅު ފެންވަރު؛ އެންމެ މޮޅު؛ from A to Z، ފެށުނީއްސުރެ ނިމެންދެން؛ އަލިފުން ޔާއަށް.
a
އަ/އެ (ނއ) ވަކި އެއްޗަކަށް ނުވަތަ މީހަކަށް އިޝާރާތް ނުކޮށް އެކައްޗެއް ނުވަތަ އެކަކުކަން އަންގާދިނުމަށް ބޭނުންކުރާ އަކުރެއް.
aback
އެބެކް (ކއ) ފަހަތާ ދިމާއަށް ނުވަތަ ފަހަތު ކޮޅުގައި، ފުރަގަހާ ދިމާއަށް ނުވަތަ ފުރަގަހުގައި؛ taken aback ސިހިފައި، ބިރުގަނެފައި.
abacus
އެބެކަސް (ނ) ގިޔުގަނޑެއްގައި ފާޓު ނަރުތަކަކަށް މިނާތަކެއް އަމުނައިފައި ހުންނަ ހިސާބު ކުރުމަށް ބޭނުން ކުރާ އާލަތެއް.
abaft
އެބެފްޓް (ކއ) ކަނޑުގައި ދުއްވާ އުޅަދެއްގެ ފަހަތުކޮޅާ ގާތުގައި.
abalone
އެބަލޯނި (ކއ) ރިދަލީގެ ބާވަތެއް. މިއީ ކެއުމަށް ބޭނުންކުރާ އެއްޗެކެވެ. ނޭވާލާނީ އަރިމަތީގައިވާ ދެ ލޯވަޅަކުންނެވެ. ތޮށިގަނޑު ގަހަނާ ހަދަން ބޭނުން ކުރެއެވެ. ކަނޑުކަންފަތް.
abandon
އެބެންޑަން (ކ) 1. އަނބުރާ ނާންނަން މީހެއްގެ ނުވަތަ އެއްޗެއްގެ ކައިރިން ދުރަށް ދިއުން. މިސާލަކަށް ކަނޑުގައި ދުއްވާ އުޅަނދެއް ދޫކޮށްލާފައި ދިއުން. 2. މަސައްކަތެއް ނުވަތަ ކުރަމުން ދިޔަ ކަމެއް ދޫކޮށްލުން. 3. ޝުޢޫރަކަށް ނުވަތަ އިޙްސާސްއަކަށް ދޫދިނުން ނުވަތަ ނަފުސު ހެއްލުނަ ދިނުން (ނ) abandonment (ނއ) abandoned
abase
އެބޭސް (ކ) ލަނދު ގަންނަވާލުން؛ ދެރަކޮށްލުން؛ ނިކަމެތި ކޮށްލުން. abasement (ނ)
abashed
އެބޭޝްޑް (ނއ) ލަނދު ގަނެފައި.
abate
އެބޭޓް (ކ) އެއްޗެއް ނުވަތަ ކަމެއް މަދުވުން ނުވަތަ މަދުކުރުން. ތޫފާނެއް ފަދަ އެއްޗެއްގެ ބާރު ދަށްވުމަށް ވެސް މި ލަފުޒު ބޭނުން ކޮށްފާނެއެވެ. (ނ) abatement
abattoir
އެބެޓުވަރ (ނ) ޖަނަވާރު ކަތިލާ ގުދަން ނުވަތަ ގެ.
abbey
އެބީ (ނ) މީހުންނާ ނީދެ ތިބޭ، މަންސޫޚު ވެފައިވާ އެކި ދީނުގެ އަންހެނުން ނުވަތަ ފިރިހެނުން، ޚާއްޞަކޮށް ނަޞާރާ ދީނުގެ މީހުން، ވަކި ބައެއްގެ ގޮތުގައި ދިރިއުޅޭ ގެ ނުވަތަ އެމީހުންގެ މުޖުތަމަޢު؛ ދައެރު.
abbot
އެބަޓް (ނ) އެބީއެއްގެ ރައީސް ނުވަތަ އިސްމީހާ.
abbreviate
އެބްރީވީއޭޓް (ކ) ލަފުޒެއް ނުވަތަ ނަމެއް ކުރު ކޮށްލުން، މިސާލަކަށް އެކުވެރި ދައުލަތްތައް ”އ.ދ“.
abdicate
އެބްޑިކޭޓް (ކ) ރަސްކަމުން ނުވަތަ މަތީ މަޤާމަކުން އިސްތިޢުފާ ދިނުން. abdication (ނ)
abdomen
އެބްޑަމަން (ނ) ހަށިގަނޑުގެ މެޔާއި ދަށް ބަނޑާއި ދެމެދު؛ ބަނޑު. abdominal (ނއ)
abduct
އެބްޑަކްޓް (ކ) މަކަރެއް ނުވަތަ ބާރު ބޭނުން ކޮށްގެން މީހަކު ގޮވައިގެން ދިއުން ނުވަތަ ފިލުން ނުވަތަ މީހަކު ފޮރުވުން. abduction, abductor (ނ)
aberration
އެބަރޭޝަން (ނ) ޢާއްމު އުޞޫލާ ވެފައިވާ ޚިލާފެއް؛ އަޚުލާޤީ ގޮތުން ނުވަތަ ފިކުރީގޮތުން ޢާއްމުކޮށް ނުވާ ކަމެއް ވުން؛ ޞޫރައެއް ފަދަ އެއްޗެއް ސާފުނުވުން.
abet
އެބެޓް (ކ) ކުށެއް ކުރުމަށް ބާރު ދިނުން ނުވަތަ އެހީތެރިވުން.
abeyance
އަބޭޔަންސް (ނ) ވަގުތީ ގޮތުން ކަމެއް ނުކޮށް، ގޮތެއް ނުނިންމާ، ތަންފީޒު ނުކޮށް ބޭއްވުން.
abhor
އެބޯރ (ކ) ވަރަށް ބޮޑަށް ނަފުރަތުވުން؛ ނުރުހުން.
abhorrent
އެބްހޯރަންޓް (ނއ) ވަރަށް ބޮޑަށް ނަފުރަތު ކުރެވޭ.
abide
އެބައިޑް (ކ) ތަނެއްގައި ދިރިިއުޅުން؛ ކަމަކަށް ކެތްކުރުން؛ ޤަވާއިދަކަށް ބޯލެބުން.
abiding
އެބައިޑިންގ (ނއ) ދާއިމީ؛ ދިގުމުއްދަތަކަށް ހުންނަ
ability
އެބިލިޓީ (ނ) ލިޔާޤަތު؛ ޤާބިލިއްޔަތު؛ ކަމެއް ކުރުމަށް ބޭނުންވާ ހުނަރު ނުވަތަ ބާރު؛ ވިސްނުން ތޫނުކަން.
abject
އެބްޖެކްޓް (ނއ) ބިކަ؛ ނިކަމެތި؛ ވަސީލަތެއްނެތިވާ؛ އެއްވެސް ފަޚުރެއް ޝަރަފެއް ނެތް. abjectly (ކއ)
ablate
އެބްލޭޓް (ކ) 1. ފާރުގަނޑެއް ނުވަތަ ހަލާކުވެފައިވާ މަސްގަނޑު ކަފާލައިގެން ނެގުން. 2. ފަޒާއަށް ދާ އުޅަނދުފަހަރުގެ ބޭރު ތޮށިގަނޑު ދުނިޔޭގެ ޖައްވަށް ވަންނައިރު އެނދުން. 3. ކޮންމެ އެއްޗެއްގެ ނަމަވެސް ބޭރު ފަރާތް ނުވަތަ މަތި އުނިވެގެން ދިއުން. ablative (ނއ)
ablaze
އެބްލޭޒް (ނއ) ރޯވެފައި؛ ހުޅުހިފާފައި.
able
އޭބްލް (ނއ) ކަމެއް ކުރުމުގެ ބާރު ހުރި؛ ހުސިޔާރު؛ able-bodied ޞިއްޙަތު ރަނގަޅު، ގަދަ.
ablution
އެބްލޫޝަންސް (ނ) ޠާހިރުވުން؛ ވުޟޫޢު ކުރުން؛ މިފަދަ ކަމެއް ކުރާ ތަން.
abnegation
އެބްނިގޭޝަން (ނ) ޒާހިދުކަން؛ ދުނިޔޭގެ އެދުންތަކުން ވަކިވެ ހުރުން.
abnormal
އެބްނޯމަލް (ނއ) އާދަޔާ ޚިލާފު؛ ޢާއްމު އުޞޫލާ ތަފާތު.abnormally ކއ)) abnormality (ނ).
aboard
އެބޯރޑް (ކއ، ޕޕ) ދަތުރުކުރާ އުޅަނދެއްގައި ވުން.
abode
އެބޯޑް (ނ) ދިރިއުޅޭ ގެ ނުވަތަ ތަން. އެބައިޑް ގެ ފާއިތުވީ ޒަމާން.
abolish
އަބޮލިޝް (ކ) ކަމަކަށް ނިމުމެއް ގެނައުން؛ ކެންސަލް ކުރުން؛ އުވާލުން.
abominable
އެބޯމިނަބްލް (ނއ) ވަރަށް ނުރުހެވޭފަދަ؛ ގާތްވާން ދަތިފަދަ.
abominate
އެބޯމިނޭޓް (ކ) ވަރަށް ނުރުހެވުން؛ ނަފުރަތު ކުރެވުން. abomination(ނ).
aborigines
އެބޮރިޖިނީސް (ނ) އިސްތިޢުމާރީ ބާރުތައް އަރައިގަތުމުގެ ކުރިން ރަށެއްގައި އަހުލުވެރިވެ ދިރިއުޅޭ މީހުން؛ އެމީހުންގެ ދަރިފަސް ކޮޅު. (ނއ) aboriginal
abort
އެބޯރޓް (ކ) ކަމެއް ނިމުމުގެ ކުރިން ނުވަތަ ފުރިހަމަ ވުމުގެ ކުރިން ހުއްޓާލުން؛ ކާމިޔާބު ވުމުގެ ކުރިން ނިންމުން.
abortion
އެބޯރޝަން (ނ) ފުރަތަމަ 28 ހަފުތާގެ ތެރޭގައި ނުވަތަ އެހެން އިރަކު ނަމަވެސް، ރަހިމުގައި ކުއްޖަކު ގަރުބަ ގަތުމަށްފަހު ވެއްޓުން ނުވަތަ ވައްޓާލުން.
abortionist
އެބޯޝަނިސްޓް (ނ) ޤާނޫނާ ޚިލާފަށް އެބޯޝަން ހަދާ މީހާ.
abortive
އެބޯޓިވް (ނއ) ކާމިޔާބު ނޫން؛ އެބޯޝަންއަށް ފުރުސަތުދޭ (ތަންދޭ). abortive (ކއ(.
abound
އެބައުންޑް (ނއ) ވަރަށް ގިނަ، މިސާލަކަށް ފެންގަނޑެއްގައި މަސް؛ ވަރަށް ގިނަ ޢަދަދަކަށް ލިބެން ހުރި.
about
އެބައުޓް (ޕޕ، ކއ) ވަށައިގެން (ބެލުން(؛ ކައިރީގައި، ދުރަކުނޫން؛ އެތަން މިތަނުގައި؛ ގާތްގަނޑަކަށް؛ . be about to ކަމެއް ކުރުމުގެ ތުންފަތްމަތީގައި.
above
އެބަވް (ކއ) މަތީގައި، އެހެން އެއްޗަކަށްވުރެ މަތީގައި؛ އަތްފޯރާ ހިސާބަށް ވުރެ ދުރުގައި؛ ވަކި އެއްޗަކަށް ވުރެ މުހިއްމު.
abracadabra
އެބްރަކަޑެބްރާ (ނ) ސިހުރުވެރި ލަފުޒެއް ކަމަށް ބުނާ ލަފުޒެއް؛ އޮޅުން ނުފިލާ އަޑެއް ނުވަތަ ވާހަކައެއް.
abrade
އެބްރޭޑް (ކ) އެއްޗަކާ އެއްޗެއް ޖެހުމުގެ ސަބަބުން ގޭނުން
abrasive
އަބްރޭސިވް (ކއ) އެއްޗެއް ޖެހިއްޖެނަމަ ގޭނޭ ފަދަ؛ ފަސޭހައިން ރުޅިއާދެވޭ، ނަފުރަތު ކުރެވޭ ފަދަ؛ އެއްޗެއް ގާނާ އޮމާން ކުރުމަށް ބޭނުން ކުރާ އެއްޗެއް.
abreast
އެބްރެސްޓް (ކއ) ޖެހިޖެހިގެން އަދި މޫނު އެއްފަރާތަކަށް ލައިގެން؛ ފަހަތަށް ނުގޮސް އެއްވަރެއްގައި ފަހިހަމަ ކުރެވިފައި.
abridge
އެބްރިޖް (ކ) މަދު ލަފުޒު ބޭނުން ކޮށްގެން ކުރުކުރުން. abridgement (ނ).
abroad
އަބްރޯޑް (ކއ) އަމިއްލަ ޤައުމާ ދުރުގައި؛ ވަރަށް ދުރުގައި؛ ހުރިހާ ތަނަކު؛
abrogate
އެބްރަގޭޓް (ކ) ޤާނޫނެއް ނުވަތަ ގަވާއިދެއް ފަދަ އެއްޗެއް އުވާލުން ނުވަތަ ކެންސަލް ކުރުން. abrogation (ނ).
abrupt
އެބްރަޕްޓް (ކއ) ކުއްލިއަކަށް؛ އޮމާންކަމެއް ގުޅުމެއް ނެތި. abruptly (ކއ) abruptness (ނ).
abscess
އެބްސިސް (ނ) ދޮސް އަރައިފައިވާ ދުޅަހުރި ތަނެއް؛ މުލިހި
abscond
އެބްސްކޮންޑް (ކ) ފިލުން (ޚާއްޞަކޮށް ކުށެއް ކުރުމަށް ފަހު) ނުވަތަ ދުރު ހިސާބަކަށް ދިއުން. absconder (ނ).
abseil
އެބްސޭލް (ކ) ގަލެއް، ފަރުބަދައެއް ފަދަ ތަނަކުން ވައު ބޭނުންކޮށްގެން ފޭބުން؛ މިއީ ކުޅިވަރަކަށް ކުރާ ކަމެއް.
absence
އެބްސެންސް (ނ) ދުރުގައި ނައިސް ހުރުން؛ މިގޮތަށް ހުންނަ މުއްދަތު؛ ސަމާލުކަން ނުދެވުން؛ ޣައިރު ޙާޟިރީ.
absent
އެބްސެންޓް (ނއ) ޙާޟިރުވެ ނެތުން؛ ނެތުން؛ އެހެން ކަމަކަށް ޚިޔާލު ދޫވެފައިވުން؛ (ކ) ހާޟިރު ނުވުން.
absentee
އެބްސެންޓީ (ނ) ޙާޟިރު ނުވި މީހާ ނުވަތަ މީހުން.
absolute
އެބްސޮލޫޓް (ނއ) ފުރަ؛ ހުރިހާ؛ މުޅިން؛ އެއްވެސް ހިފެހެއްޓުމެއް ނެތި؛ މުޅިން މިނިވަން.
absolutely
އެބްސޮލޫޓްލީ (ކއ) މުޅިން؛ އެއްވެސް ޝަރުޠެއްނެތި.
absolve
އެބްޒޯވް (ކ) ކުށް ނުވަތަ ތުހުމަތުން ބަރީޢަކުރުވުން ނުވަތަ ވުން؛ ކަމަކުން ނުވަތަ ވާޖިބަކުން މިނިވަންވުން.
absorb
އެބްޒޯބް (ކ) 1. އެއްޗެއްގެ ތެރެއަށް ވަނުން؛ އެއްޗެއްގެ ތެރެއަށް ވަދެ އެކުވުން. 2. އެއްޗެއްގެ އަސަރު ކުޑަކުރުން ނުވަތަ ކުޑަވުން. 3. މީހެއްގެ ސަމާލުކަން ނުވަތަ ޝައުޤުވެރިކަން އަތުލުން.
absorbent
އެބްޒޯބަންޓް (ނއ) ފެން ފަދަ އެއްޗެއް އޭގެ ތެރެއަށް ދަމައިގަންނަ ފަދަ ބާރެއް ހުރި.
abstain
އެބްސްޓޭން (ކ) ކަމެއް ކުރުމުން މީހަކު އެއްކިބާވެ ހުރުން. ވޯޓެއް ދިނުމުގެ ޙައްޤު އޮވެ އެވޯޓް ނުލުން.
abstemious
އެބްސްޓީމިއަސް (ނއ) ކާބޯތަކެތި ބޭނުން ކުރުމުގައި (ކެއުންބުޔުމުގައި) މަދުމިން ހިފެހެއްޓުން. އަމިއްލަ އެދުން ފުއްދުން ހިފެހެއްޓުން.
abstinence
އެބްސްޓަނަންސް (ނ) އަރާމު ތަކުން، ޚާއްޞަކޮށް ކާބޯތަކެތިން އެއްކިބާވެ ހުރުން.
abstract
އެބްސްޓްރެކްޓް (ނ)1. މާއްދީ ޙަޔާތެއް ނުވާ؛ ޚިޔާލީ؛ ޢަމަލީ ކަމަކަށް ވުރެ ބޮޑަށް ފިކުރީ. 2. ފޮތެއް މަޒުމޫނެއް ފަދަ އެއްޗެއްގެ ޚުލާޞާ. 3. ޚުލާޞާ ކުރުން؛ ލިޔުމަކުން ބައެއް ނެގުން.
abstracted
އެބްސްޓްރެކްޓަޑް (ނއ) ޚިޔާލު އެހެން ދިމާލެއްގައިވާ؛ ސަމާލުކަން އެހެން ކަމަކަށް ދެވިފައިވާ.
abstruse
އެބްސްޓްރޫސް (ނއ) ދޭހަވާން ދަތި.
absurd
އެބްޒާރޑް (ނއ) ޢާއްމު ވިސްނުމާ ދެކޮޅު؛ މޮޔަ، ސޭކު؛ ހެއްވާ.
abundance
އެބަންޑަންސް (ނ) ބައިވަރު؛ ބޭނުންވާ ވަރަށް ވުރެ އިތުރު.
abundant
އެބަންޑަންޓް (ނއ) ބޭނުންވާ ވަރަށް ވުރެ ގިނަ؛ މުއްސަނތި.
abuse
އަބިއޫޒް (ނ) އެއްޗެއްގެ ނުބައި ބޭނުން؛ ބޭއިންސާފު ހަމައެއް ނެތް އުޞޫލް؛ މީހަކާ ދިމާލަށް ފުރައްސާރަ ކުރުމަށް ބޭނުން ކުރާ ބަހުރުވަ.
abuse
އެބިއޫސް (ކ) ނުބައި ބޭނުމެއް ކުރުން. ނުރަނގަޅަށް އަމަލު ކުރުން؛ މީހަކާ ދިމާލަށް ރަނގަޅު ނޫން އެއްޗެތި ކިއުން.
abusive
އެބިއޫސިވް (ނއ) ވަރަށް ކުށް ދައްކާފަދަ ގޮތަކަށް؛ އަނިޔާވެރިކޮށް.
abut
އެބަޓް (ކ) ދެބިމެއް ނުވަތަ ޖާގައެއް ބައިކުރުމުގައި އެއް އިމެއް އޮތުން (ދެ ގޯއްޗެއް ނުވަތަ ޢިމާރާތެއް ފަދަ ތަނެއް ބައިކުރުމުގައި)
abysmal
އަބިޒްމަލް (ނއ) ވަރަށް ފުން؛ ވަރަށް ގޯސް، ވަރަށް ކަމުނުދޭ.
abyss
އެބިސް (ނ) ފޫ (އަޑި) ނުފެންނަ ފަދަ ފުން ވަޅުގަނޑެއް ނުވަތަ އަޑިގަޑެއް؛ މިފަދަ ފުން ތަނެއް.
ac
އޭސީ (ނ) ދެކޮޅަށް ދުވާ ކަރަންޓް.
acacia
އެކޭޝާ (ނ) ހޫނު ހިސާބުގައި ހެދޭ ގަހެއް. މިގަހުގައި ރީނދޫ ކުލައިގެ ބޯޅައެއްފަދަ ވަށް މަލެއް އަޅައެވެ. ފަތްތައް ހިމައެވެ. މޭވާ ކަޅެވެ. މިގަހުން ނަގާ ގަމް އެރެބިކް ކިޔާ ކިރަކީ ބޭސްވެރިކަމާއި، ބިސްކޯދު ހެދުމަށާއި ޗާޕުކުރުމުގައި ބޭނުން ކުރާ އެއްޗެކެވެ. ގިޔުޅިލާށި ގަސް.
academic
އެކަޑެމިކް (ނއ) ދިރާސީ، މަދުރަސީ، ޖާމިޢީ؛ ހަމައެކަނި ޢިލްމީ ގޮތުން މުހިއްމު ކަން ހުއްޓަސް މާ ބޮޑު ބޭނުމެއް ނުހިފޭ.
academy
އެކެޑެމީ (ނ) ޚާއްޞަ ތަމްރީނު ދޭ ތަން؛ ޢިލްމީ ބައެއްގެ ޖަމްޢިއްޔާއެއް.
accede
އެކްސީޑް (ކ) 1. ރަސްކަމަށް އެރުން، ނުވަތަ މަތިވެރި ވަޒީފާއަކަށް ޤާއިމްވުން؛ 2. ހުށަހެޅުމަކަށް އެއްބަސްވުން.
accelerate
އެކްސަލަރޭޓް (ކ) އެއްޗެއްގެ ބާރު ނުވަތަ ދުވެލި ކުރިއަށް ވުރެ އިތުރު ކުރުން ނުވަތަ ބާރުވުން؛ އަވަސް ކުރުން،
accelerator
އެކްސަލަރޭޓަރ (ނ) އިންޖީނުތަކުގައި ހުންނަ އިންޖީނުގެ ހިނގުން އަވަސްކުރުވާ ދަނޑި/ކޮންޓްރޯލް
accent
އެކްސެންޓް (ނ) ލުކުނާ؛ ބުނާއިރު ބާރުލާ އަޑު ނުވަތަ ލަފުޒު؛ މިފަދަ ގޮތަކަށް ބުނަމަށް އަންގާދޭ ނިޝާން؛ ވަކި ބަހުރުވައަކުން ބުނާ ގޮތް؛ އެއްޗަކަށް ދޭ އިސްކަން.
accent
އެކްސެންޓް (ކ) ވަކި ރާނގަކަށް ނުވަތަ ގޮތަކަށް ލަފުޒުތަކުގެ އަޑުތަކަށް ބާރުލާފައި ވާހަކަ ދެއްކުން؛ ޚާއްޞަކޮށް ފާހަގަ ކުރުން.
accentuate
އެކްސެންޗުއޭޓް (ކ) ޚާއްޞަކޮށް ފާހަގަ ކުރުން؛ ނަބަރަ ކުރުން.
accept
އެކްސެޕްޓް (ކ) ދަޢުވަތެއް ނުވަތަ ހުށަހެޅުމެއް ޤަބޫލު ކުރުން؛ ދިން އެއްޗެއް ހިފުން ނުވަތަ ބަލައިގަތުން؛ ޒިންމާއެއް ނެގުން؛ މަރުޙަބާ ކިޔާ ގޮތަކަށް ބަޔަކާ ދޭތެރޭ ކަން ކުރުން؛ އެއްބަސްވުމަށް ޤަބޫލުވުން؛ ތެދުކަމަށް ޤަބޫލުކުރުން. acceptance (ނ)،acceptor (ނ).
acceptable
އެކްސެޕްޓަބްލް (ނއ) ޤަބޫލު ކުރާވަރުގެ؛ ކެތްކުރެވޭ ވަރުގެ. acceptably (ކއ)، acceptability (ނ).
access
އެކްސެސް (ނ) އެތެރެއަށް ވަންނާނޭ ނުވަތަ ކައިރިވެވޭނޭ ގޮތެއް؛ އެއްޗެއް ބޭނުންކުރުމުގެ ނުވަތަ ތަނަކަށް ވަނުމުގެ ޙައްޤު ނުވަތަ ހުއްދަ؛ ކުއްލިއަކަށް ޝުޢޫރުތައް ބަންޑުން ދިއުން؛ ކޮމްޕިއުޓަރު ފަދަ އެއްޗެއްގައިވާ މަޢުލޫމާތު ލިބޭގޮތް ވުން.
accessible
އެކްސެސިބްލް (ނއ) ބޭނުން ކުރެވޭ ނުވަތަ ގާތްވެވޭފަދަ ޙާލަތެއްގައި. accessibly (ކއ)،accessibility (ނ).
accession
އެކްސެޝަން (ނ) ރަސްކަން ނުވަތަ ރައީސްކަން ފަދަ މަޤާމަކަށް ކުރިއެރުން؛ އެފަދަ މަޤާމެއް ލިބުން؛ ޖަމާ ކޮށްފައިވާ ތަކެތީގެ ތެރެއަށް އަލަށް އިތުރު އެއްޗެއް ހިމެނުން (މިސާލަކަށް ލައިބްރަރީ އަކަށް އިތުރުފޮތް).
accessory
އެކްސެސަރީ (ނ) އެއްޗެއް ނުވަތަ ކަމެއް ފުރިހަމަ ކުރަން ބޭނުންވާ އިތުރު ސާމާނު؛ އިތުރަށް ބޭނުންވާ ތަކެތި؛ ކުށެއް ކުރުމަށް އަނެކާއަށް ދުރުގައި ހުރެގެން ނުވަތަ ނުފެނި އެހީތެރިވާ މީހާ.
accident
އެކްސިޑަންޓް (ނ) 1. ހީކުރާ ކަމެއް؛ ވާނެކަމަށް ލަފާ ނުކުރާ ނޭދޭ ކަމެއް؛ ޚާއްޞަކޮށް މީހަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ލިބޭ ކަމެއް. 2. އިއްތިފާޤުން؛ ރާވައިގެން ނޫން؛ މިސާލަކަށް މީހަކާ ބައްދަލުވުން.
accidental
އެކްސިޑެންޓްލް (ނއ) 1. އެކްސިޑެންޓެއްގެ ސަބަބުން ކަމެއް ވުން. 2. މިޔުޒިކް ލިޔުމުގައި ބޭނުން ކުރާ ނިޝާނެއް.
acclaim
އެކްލޭމް (ކ) ރުހުމުގެ ހަޅޭކާއެކު މަރުޙަބާ ކިޔުން؛ ޝައުޤުވެރިކަމާއެކު އަތްތިލަބަޑި ތެޅުން.
acclimatize
އެކްލިމަޓައިޒް (ކ) އައު މޫސުމަކަށް ނުވަތަ ހާލަތަކަށް ފަރިތަވުން.
accolade
އެކަލޭޑް (ނ) ރުހުން؛ މަޤުބޫލްކަން؛ ބައެއް ލަޤަބުތައް ދޭއިރު، ކަނޑީގެ އަރިމަތިން ކޮނޑުގައި މަޑުން ޖައްސާލުން.
accommodate
އެކޮމަޑޭޓް (ކ) 1. އެއްޗެއް ދިނުން، މިސާލަކަށް ބޭންކަކުން ލޯނެއް. 2. ނިދާނެ ކޮޓަރިއެއް ނުވަތަ ތަނެއް ދިނުން؛ 3. ހާލަތަކަށް ނުވަތަ އެއްޗަކަށް ފެތޭނެހެން ބަދަލުވުން ނުވަތަ ބަދަލުކުރުން. accommodation (ނ)
accommodating
އެކޮމަޑޭޓިންގ (ނއ) އެދޭގޮތަށް ކަންތައްތައް ކޮށްދިނުމަށް ރުހޭ (ދެކޮޅުވެރިވުމުގެ ބަދަލުގައި(
accompaniment
އެކޮމްޕަނިމެންޓް (ނ) އެހެން އެއްޗަކާ އެކުވާ އެއްޗެއް؛ މިޔުޒިކެއްގައި ނުވަތަ ލަވައެއް ކިޔާއިރު އެއާ އެކު ހިމަނާލާ ވަކި އާލަތެއްގެ މިޔުޒިކް.
accompanist
އެކަމްޕެނިސްޓް (ނ) މިޔުޒިކެއްގައި އެކޮމްޕެނިމެންޓް ކުޅޭ މީހާ.
accompany
އެކަމްޕެނީ (ކ) 1. މީހަކާ އެކު ދިއުން؛ ދަތުރެއްގައި އެހީތެރިއެއްގެ ގޮތުން ބައިވެރިވުން. 2. އެހެން އެއްޗަކާ އެކު ހިމެނުން؛ މިސާލަކަށް ބަލިވާއިރު ބޮލުގައި ރިއްސުން. 3. އިތުރަށް އެއްޗެއް ދިނުން. 4. މިޔުޒިކް ކުޅޭއިރު އެކޮމްޕެނިމެންޓެއް ކުޅުން.
accomplice
އެކޮމްޕްލިސް (ނ) ކުށެއް ކުރުމުގައި ބައިވެރިވާ މީހާ.
accomplish
އެކޮމްޕްލިޝް (ކ) ކަމެއް ކުރުމުގައި ކާމިޔާބުވުން؛ ކަމެއް ފުރިހަމަ ކުރުން.
accomplished
އެކަމްޕްލިޝްޑް (ނއ) ހުނަރުވެރި؛ ވަރަށް ގިނަ ކަންތައްތައް ކާމިޔާބު ކޮށްފައިވާ.
accomplishment
އެކަމްޕްލިޝމަންޓް (ނ) ކަމެއް ފުރިހަމަ ކުރުމުގައި ވާ ކާމިޔާބު؛ ގޭތެރޭގެ ނޫނީ އިޖްތިމާޢީ ދިރިއުޅުމުގެ ހުނަރު؛ ތަމްރީނެއް ނުވަތަ ފަރިތަކުރުމުގެ ސަބަބުން ހޯދާފައިވާ ޚާއްޞަ ހުނަރު.
accord
އެކޯރޑް (ނ) 1. ހުއްދަ؛ އެއްބަސްވުން؛ އެއްގޮތްވުން. 2. ދިނުން؛ މިސާލަކަށް މަޤާމު، ޙައްޤުތައް.
accordance
އެކޯރޑަންސް (ނ) އެއްގޮތްކަން؛ އެއްބަސްވުން.
according
އެކޯރޑިންގ (ކއ) ވަކި ކަމަކަށް ނިސްބަތްކޮށް؛ ވަކި އެއްޗަކަށް ނުވަތަ ކަމަކަށް ޙަވާލާދީ.
accordingly
އެކޯރޑިންގލީ (ކއ) އެނގޭ، ބުނެވުނު ނުވަތަ ލިޔެފައިވާ އެއްޗަކާއި އެއްގޮތަކަށް؛ އެހެންވެ.
accordion
އެކޯރޑިއަން (ނ) ގިރުބާއާއި ފިތްތައް ހިމެނޭ މިޔުޒިކް ކުޅޭ އެއްޗެއް. accordionist
އެ ކުޅޭމީހާ.
accost
އެކޯސްޓް (ކ) މީހަކާ ނުވަތަ ބަޔަކާ ގާތްވެ، ބޭއިޙްތިރާމާއެކު ވާހަކަ ދެއްކުން ނުވަތަ އެހުން؛ ނާސި އަންހެނުން މީހުންކައިރީ ހަށި ވިޔަފާރިއަށް އެހުން.
account
އެކައުންޓް (ކ) 1. ތަކެއްޗަށް ނުވަތަ ޚިދުމަތްތަކަށް ދޭންޖެހޭ ނުވަތަ ލިބުނު ފައިސާގެ ހިސާބު؛ ވިޔަފާރިއަކުން ނުވަތަ ބޭންކަކުން ދަރަންޏަށް ފައިސާ ނަގާ ނެގުން. 2. މުހިއްމުކަން .3 that is of no account އެއީ އެއްވެސް ގޮތަކަށް މުހިއްމު އެއްޗެއް ނޫނެވެ. 4. އެއްޗަކާ ނުވަތަ ކަމަކާ ބެހޭ ބަޔާނެއް؛ މިސާލަކަށް ކަމެއް ހިނގާ ދިޔަ ގޮތާބެހޭ ގޮތުން އެކުލަވާލާ ރިޕޯޓް. account book އެކައުންޓެއްގެ ޚަރަދުބަރަދު ލިޔާފޮތް؛ account for ފައިސާ ނުވަތަ އެހެންވެސް ކަމެއް އެއްޗެއް ބޭނުންކުރެވެމުން ދިޔަގޮތް ބަޔާންކުރުން؛ by all accounts އެންމެން ބުނާގޮތުން؛ keep accounts ލިބޭ އަދި ޚަރަދުވި ފައިސާގެ ހިސާބު ބެލެހެއްޓުން؛ on account ފަހުން ފައިސާ ދޭގޮތަށް މިހާރު ދެވޭ މިންވަރު؛ on no account އެއްވެސް ޙާލަތެއްގައި ކަމެއް ނުކުރުމަށް؛ on account of އެހެންވެ، އެކަމާ ގުޅިގެން؛ on one’s own account މީހެއްގެ އަމިއްލަ މަޤްޞަދާގުޅިގެން ނުވަތަ ގެއްލުން މީހަކު އަމިއްލައަށް ނަގާގޮތަށް؛ take into account ކަމެއް ނިންމާއިރު ނުވަތަ ކުރާއިރު، ވަކި ކަމަކަށް ބެލުން.
accountable
އެކައުންޓަބްލް (ނއ) މީހެއްގެ ހަރަކާތްތަކަށް ނުވަތަ ޢަމަލުތަކަށް ތަފްޞީލެއް ދިނުމަށް ނުވަތަ ޢަމަލުތައް ސުބޫތުކުރަން ލާޒިމް ކުރުވާ ނުވަތަ މަސްއޫލު ކުރުވާ؛ ކަމެއްވީގޮތް ސަބަބާއެކު ބުނެދޭން އެނގޭ.
accountant
އެކައުންޓެންޓް (ނ) ވިޔަފާރިއެއްގެ އެކައުންޓްތައް ބަލަހައްޓާ މީހާ. accountancy އެކައުންޓް ބެލެހެއްޓުމުގެ
ވަޒީފާ ނުވަތަ މަސައްކަތް.
accoutrement
އެކޫޓްރެމަންޓް (ނ) ހަނގުރާމަވެރިއެއްގެ ހަތިޔާރާއި ހެދުން ފިޔަވައި އެހެން ގެންގުޅޭ ތަކެތި. ކަމެއް ކުރުމަށް (މިސާލަކަށް އެއްގަމު ކެޔޮޅުކަމު) ބޭނުންވާ ހެދުމާއި މައިގަނޑު ހަތިޔާރު ފިޔަވައި އެހެންތަކެތި؛ ހެދުން ފުރިހަމަ ކުރަން ބޭނުންވާ ސާމާނު؛ ކޮންމެހެން ބޭނުން ނޫން ދެއްކުންތެރިކަމުގެ ތަކެތި
accredited
އެކްރެޑިޓިޑް (ނއ) ރަސްމީކޮށް ޤަބޫލުކުރާ؛ ޢާއްމުކޮށް ޤަބޫލުކުރާ ނުވަތަ ބަލައިގަންނަ؛ ފެންވަރު ރަނގަޅުކަމަށް ހެކިވާ.
accretion
އެކްރީޝަން (ނ) މަދު އެތިކޮޅު ނުވަތަ ބައިބައި ލަސްލަހުން އެއްކުރުމުގެ ސަބަބުން ބޮޑުވުން. ތަފާތު އެއްޗެތި ހެދުމުގެ/ބޮޑުވުމުގެ ސަބަބުން އެކުވުން.
accrue
އެކްރޫ (ކ) ޠަބީޢީ ގޮތުން އެއްޗެއް ބޮޑުވުން ނުވަތަ ފައިދާތަކެއް ގިނަވުން.
accumulate
އެކިއުމުލޭޓް (ކ) ޢަދަދުގެ ގޮތުން ތަކެތި ގިނަވުން ނުވަތަ ލިބުން؛ ތަކެތި ގިނަކުރުން ނުވަތަ އެއްކުރުން.
accumulator
އެކިއުމުލޭޓަރ (ނ) ފެންއަޅާ ބެޓެރީ؛ ނުވަތަ ކަރަންޓް ރައްކާކުރެވޭ ބެޓެރީ. ކޮންމެވެސް އެއްޗެއް ބޭނުން ޖެހެންދެން ރައްކާކުރާ ނުވަތަ އެ ބަހައްޓާ އެތި
accurate
އެކިއުރެޓް (ނއ) 1. ބަރާބަރު ސީދާ ޢަދަދު ނުވަތަ އަމާޒު؛ ކުށުން ނުވަތަ ކަސިޔާރުވުމުން އެއްކިބާވެފައިވާ. 2. ބަރާބަރު، ފަރުވާތެރި، މިސާލަކަށް ވިސްނުން. accuracy (ނ) accurately (ކއ)
accursed
އެކާސްޑް (ނއ) ލައުނަތެއްގައިވާ؛ ނަފުރަތު ކުރެވޭ؛ ރުޅިއާދެވޭ.
accusation
އެކިޔުޒޭޝަން (ނ) ތުހުމަތު؛ މީހަކު ކުށެއް ކުރިކަމަށް ނުވަތަ ގަވާއިދަކާ ޚިލާފުވިކަމަށް ލިޔާ ލިޔުން ނުވަތަ ބުނާ ބުނުން.
accuse
އެކިޔުޒް (ކ) ތުހުމަތު ކުރުން. accuser ތުހުމަތު ކުރާމީހާ؛ accused ތުހުމަތު ކުރެވޭ މީހާ accusingly (ކއ)
accustom
އެކަސްޓަމް (ކ) ހާލަތަކަށް ފަރިތަވުން ނުވަތަ ފަރިތަކުރުވުން. accustomed (ނއ) ޢާއްމު، އާދަކާދައިގެ މަތިން.
ace
އޭސް (ނ) މަންނަ؛ ކޮންމެވެސް ކަމެއްގައި ވަރަށް މޮޅު މީހާ؛ ޓެނިސް ކުޅޭއިރު އިދިކޮޅު މީހާއަށް ނުޖެހޭފަދަ ބޯޅަ ނުވަތަ ޖެހުން.
acerbity
އެސަރބިޓީ (ނ) ވާހަކަ ދެއްކުމުގައި ނުވަތަ ލިޔުމުގައި ދޫނުބައިވުން. ކަމެއްގެ ނުވަތަ އެއްޗެއްގެ ކުށްދެއްކާއިރު ހުންނަ ނުރުހެވޭ ދޫ ނުބައިގޮތް acerbic (ނއ)
acetate
އެސިޓޭޓް (ނ) ރާހުތުން އުފައްދާ ކެމިކަލެއް.
acetic
އެސީޓިކް (ނއ) ރާހުތުން އުފައްދާ؛ acetic acid ރާހުތުގައި އޭގެ ޠަބީޢީ ރަހަ އަދި ވަސްޖައްސާ މާއްދާ.
acetone
އެސިޓޯން (ނ) އެޗިހި ގިރުވަން ގެންގުޅޭ ދިޔައެއް؛ ކެމިކަލެއް
acetylene
އެސެޓަލީން (ނ) ވެލްޑަން ކުރަން ގެންގުޅޭ ހުދު އައްޔަކާއެކު ރޯވާ ގޭހެއް.
ache
އޭކް (ނ) ރިހުން. achy (ނއ)
achievable
އެޗީވަބްލް (ނއ) ޙާޞިލް ކުރެވިދާނޭ؛ ޙާޞިލް ކުރެވޭނޭ.
achieve
އެޗީވް (ކ) ކާމިޔާބު ކުރުން. މަސައްކަތް ކޮށްގެން ރަނގަޅު ނަތީޖާއެއް ނެރުން.
achilles heel
އަކިލީޒް ހީލް (ނ) މީހެއްގެ ބަލިފައި؛ މީހަކު ބަލިވާ ނުވަތަ ބަލިކޮށްލެވޭ މަރުވަޅު ފަދަ ބަލި ތަން ނުވަތަ ކަން.
acid
އެސިޑް (ނއ) ހުތްރަހަ ދިނުން؛ ނުބައި ނުވަތަ ނޭދެވޭ ގޮތަކަށް އަސަރު ކުރުވާ ގޮަތަށް ބަލާ ބެލުން ނުވަތަ ދައްކާ ވާހަކަ. (ނ) ހުތް ރަހަ ދޭ އެއްޗެތި؛ ހައިޑްރޯޖަން އެކުލެވޭ ”ލޮނު“ އުފައްދާނޭ ކޮންމެ ކެމިކަލެއް. acidity (ނ) ހުތްކަން. acidulate (ކ).
acidic
އެސިޑިކް (ނއ) ހުތް؛ އެސިޑް ވައްތަރުގެ ނުވަތައެސިޑްގެ ޠަބީޢަތް ހުންނަ.
acidify
އެސިޑިފައި (ކ). އެސިޑަކަށް ހެދުން؛ ހުތްކަން ގަަދަކުރުން؛ އެސިޑް އެޅުން.
acid rain
އެސިޑް ރެއިން (ނ) އެޗިހި ގިރުވާ ހުތްކަމަކާއި ތޫނު ކަމެއް ހުންނަ ވާރޭ؛ މި ވާރޭ ބޮޑަށް އުފެދެނީ ކާރުޚާނާ ތަކުން ބޭރުކުރާ ގޭހުގެ ސަބަބުންނެވެ.
acknowledge
އެކްނޮލެޖް/އިކްނޮލިޖް (ކ) ކަމެއް ތެދުކަމަށް އެއްބަސްވުން؛ މީހަކަށް އެއްޗެއް ލިބިއްޖެކަމަށް ބުނުން ނުވަތަ ރިޕޯޓު ކުރުން؛ ކޮށްދީފައިވާ ހެޔޮކަމަކަށް ޝުކުރުވެރިވުން؛ ފެނިއްޖެކަމަށް ނުވަތަ ބަލައިގަތްކަމަށް އިޝާރާތް ކުރުން. acknowledgement (ނ).
acme
އެކްމީ (ނ) އެންމެ އުސްތަން؛ އެންމެ ފުރިހަމަ މަތިވެރި ހާލަތު، މަޤާމު، ތަން.
acne
އެކްނީ (ނ) މޫނުގައި އާއި ކަރުގައި ބިހި ނަގާ ބައްޔެއް؛ އޮށާޅަ.
acoustic
އެކޫސްޓިކް (ނއ) އަޑާއި ނުވަތަ އިވުމާ ބެހޭ.
acoustics
އެކޫސްޓިކްސް (ނ) ތަނެއްގެ މިސާލަކަށް މާލަމެއްގެ އަޑު ރަނގަޅުވުމަށް ނުވަތަ ނުބައިވުމަށް މެދުވެރިވާ ސަބަބުތައް.
acquaint
އެކްވާންޓް (ކ) މީހަކަށް ނުވަތަ ކަމަކަށް ފަރިތަވުން ނުވަތަ ފަރިތަ ކުރުވުން.
acquaintance
އެކްވެއިންޓަންސް (ނ) ކުޑަކޮށް ދަންނަ / ދެކެފަރިތަ މީހެއް؛ ކަމަކަށް ނުވަތަ މީހަކަށް ބަޔަކަށް ފަރިތަވަމުން ދިއުން.
acquiesce
އެކްވީއެސް (ކ) މައްސަލަ ނުޖައްސާ، ބަހަނާއެއްނެތި އެއްބަސްވުން.
acquiescent
އެކްވީސަންޓް (ނއ) މީހުން ބުނާ ކަންތައްތަކަށް ފަސޭހައިން އެއްބަސްވާ. acquiescence (ނ).
acquire
އެކްވަޔަރ (ކ) އެއްޗެއް މިލްކުވުން ނުވަތަ މިލްކު ކުރުން. (ނ) acquirement acquired taste ދުވަހުން، ލަސްލަހުން ރަހައަކަށް ރުހޭގޮތްވުން.
acquisition
އެކްވިޒިޝަން (ނ) މިލްކު ކުރެވިފައިވާ އެއްޗެއް؛ ތަކެތި މިލްކުރުން.
acquisitive
އެކްވިޒިޓިވް (ނއ) ތަކެތި ބައްކުރާ ހިތްވާ؛ ތަކެތި އެއްކުރާ ހިތްވާ. acquisitiveness (ނ) acquisitively (ކއ)
acquit
އެކްވިޓް (ކ) ކުށެއްގައި ތުހުމަތު ކުރެވިފައިވާ ފަރާތެއް ކުށްވެރި ނުވާކަމަށް ކަނޑައެޅުން. އުނދަގޫ ޙާލަތްތަކެއްގައި ކަމެއް ކާމިބޔާބު ކުރުން. acquittal (ނ) މިގޮތަށް ކަނޑައަޅާ ކަނޑައެޅުން.
acre
އޭކަރ (ނ) ބިން ގުނުމުގައި ބޭނުންކުރާ ވަޒަނެއް؛ 4840 އަކަ ގަޒު.
acreage
އޭކަރިޖް (ނ) ބިމެއްގެ ބޮޑުމިން އޭކަރުން.
acrid
އެކްރިޑް (ނއ) ވިހަ ނުވަތަ ހިތި ވަހެއް ނުވަތަ ރަހައެއްލާ؛ އުޅުމުގައި ނުވަތަ ވާހަކަ ދެއްކުމުގައި މިފަދަ ސުލޫކެއް ހުންނަ. ޒީލަ ގަދަ، ދިލަ ގަދަ acridity (ނ)
acrimony
އެކްރިމޮނީ (ނ) ބައެއްގެ މެދުގައިވާ ގުޅުމުގައި ހުންނަ ޒުވާބު ކުރުމާއި ނޭންގާނީ ކަމާއި ރުޅިވެރިކަން؛ ވާހަކަ ދެއްކުމުގައި ނުވަތަ އުޅުމުގައި ހުންނަނ ނުރުހުންތެރިގޮތް acrimonious (ނ) acrimoniously (ކއ)
acrobat
އެކްރަބެޓް (ނ) ޖިމްނާސްޓިކްގެ ހުނަރުވެރިޔާ.
acronym
އެކްރަނިމް (ނ) ލަފުޒުތަކެއް ފެށޭ އަކުރުތައް ބޭނުންކޮށްގެން ހަދާ ލަފުޒު، މިސާލަކަށް ދިރާގު = ދިވެހި ރާއްޖޭގެ ގުޅުން.
across
އެކްރޮސް (ޕޕ؛ ކއ) އެއްޗެއްގެ އެއްފަރާތުން އަނެއް ފަރާތަށް؛ ހުރަހަށް؛ އަނެއް ފަރާތަށް؛ ރަސްގެއެއް ޖެހޭފަދަ ގޮތަކަށް ތަކެތި ބެހެއްޓުން؛ ނުބައި ފާހަގަ؛ ހުރިހާ ފަރާތެއް ހިމެނޭ ގޮތަށް، މިސާލަކަށް ގަވާއިދެއް ތަންފީޒު ކުރުމުގައި.
acrylic
އެކްރިލިކް (ނ) ބާވަތެއްގެ ޕްލާސްޓިކެއް.
act
އެކްޓް (ނ) ޙަރަކާތެއް ނުވަތަ ޢަމަލެއް؛ ޤާނޫނެއް؛ ތަމްސީލެއްގެ ބައެއް. Act of God އިންސާނާއަށް ބާރެއް ނުފޯރުވޭ ފަދަ ޙާލަތެއް ނުވަތަ ޙާދިޘާއެއް.
act
އެކްޓް (ކ) ތަމްސީލު ކުޅުން؛ ވަޒީފާގެ ގޮތުން ކަމެއްގައި ޙަރަކާތްތެރިވުން؛ އެއްޗަކަށް އަސަރެއް ކުރުން، މިސާލަކަށް ބިމަށް ލުބޯހުތް އެޅީމާ ފޮނުއަރާ ފަދައިން؛ acting (ނއ) މީހެއްގެ ބަދަލުގައި ވަގުތީގޮތުން މަސައްކަތް ކުރާ، މިސާލަކަށް އެކްޓިންގ ހެޑްމާސްޓަރު
action
އެކްޝަން (ނ) ޢަމަލު؛ ޤާނޫނީ ގޮތުން އަޅާ ފިޔަވަޅު؛ ހަނގުރާމައެއް. take action ހާދިޘާއެއް ދިމާވުމުން ފިޔަވަޅު އެޅުން. out of action މަސައްކަތް ނުކުރާ؛ ހަލާކުވެފައި
activate
އެކްޓިވޭޓް (ކ) ހަރަކާތް ގެނައުން؛ ޙަރަކާތްތެރިކުރުވުން
active
އެކްޓިވް (ނއ) ހަރަކާތް ހުރި؛ ހެލިފެލިވާ؛ މަސައްކަތް ކުރާ. actively (ކއ)؛ activeness (ނ) ހަރަކާތްތެރިކަން؛ active service ސިފައިންގެ ތެރޭގައި ފުރަދަމު ޚިދުމަތުގައި
activist
އެކްޓިވިސްޓް (ނ) ސިޔާސީ ކަންކަމުގައި ޙަރަކާތްތެރިވާ މީހާ.
activity
އެކްޓިވިޓީ (ނ) ޢަމަލު؛ ހަރަކާތް.
actor
އެކްޓަރ (ނ) ތަމްސީލު/ފިލްމް ކުޅޭ މީހާ؛ މުމައްސަލުން. އަންހެން ތަމްސީލު ކުޅޭ މީހުންނަށް ކިޔަނީ actress އެވެ.
actual
އެކްޗުއަލް (ނއ) ޙަޤީޤީ؛ ކަންހިނގާފައިވާ ގޮތަށް؛ މިހާރުގެ؛ އަޞްލާއި އެއްގޮތަށް. actually (ކއ)
actuality
އެކްޗުއަލިޓީ (ނ) ޙަޤީޤަތު؛ މިހާރުގެ ޙާލަތު.
actuary
އެކްޗުއަރީ (ނ) އިންޝުއަރެންސް މަސައްކަތުގައި މީހުންގެ އަތުން ނަގަންޖެހޭ ފައިސާގެ މިންވަރު ހިސާބު ކުރާ ތަފާސް ހިސާބުގެ ޢިލްމުވެރިއެއް. actuarial (ނއ)
actuate
އެކްޗުއޭޓް (ކ) ޙަރަކާތް ގެނައުން (މަސައްކަތަކަށް ނުވަތަ ކަމަކަށް ނުވަތަ އެއްޗަކަށް)؛ މީހެއްގެ ޢަމަލުތައް ފެއްޓުމަށް ބާރަކަށް ވުން. actuator ، actuation(ނ)
acumen
އެކިޔޫމަން (ނ) ވިސްނުމުގެ ތޫނުކަން.
acupuncture
އެކިޔޫޕަންކްޗަރ (ނ) ހަށިގަނޑުގެ އެކި ތަންތަނަށް ކަށި ކޮށްޕުން. މިއީ ކޮންމެވެސް ތަދެއް ކެނޑުމަށް ނުވަތަ ފަރުވާއަކަށް ކުރާ ކަމެކެވެ. acupuncturist މިކަން ކުރާމީހާ.
acute
އެކިޔުޓް (ނއ) ވިސްނުން ތޫނު؛ ހުޝިޔާރު؛ އޭގެ އަސަރު ތޫނު، މިސާލަކަށް ރިހުމެއްގެ؛ 90 ދަރަޖައަށް ވުރެ ކުޑަ ނުވަތަ ތޫނު ކަން ނުވަތަ އޭންގަލް. acutely (ކއ)؛acuteness (ނ).
ad
އެޑް (ނ) އިސްތިހާރު.
AD
އޭޑީ. މިއީ މިހާރު މަންސޫޚުވެފައިވާ ނަޞާރާ ދީނުގެ މީހުން އަހަރު ގުނަން ގެންގުޅޭ ކަލަންޑަރުގައި ޢީޞާ ބުނު މަރްޔަމް ދުނިޔެއަށް ވަޑައިގެންނެވި އަހަރުން ފެށިގެން އަހަރު ލިޔެފައިވާ ކަން އަންގަން ލިޔާ ދެ އަކުރެވެ. މުސްލިމް ޤައުމުތަކުގައި ބޭނުން ކުރަނީ އޭ.ޑީ ގެ ބަދަލުގައި ސީ.އީ އެވެ.
adage
އެޑިޖް (ނ) ހަރުބަސް.
Adam’s apple
އެޑެމްސް އެޕްލް (ނ) ކަރުގެ ލަގޮނޑި
adamant
އެޑެމަންޓް (ނއ) ގޮތް ދޫނުކުރާ؛ އެދުންތަކަށް އިޖާބަނުދޭ، ހަރުދަނާ.
adapt
އެޑެޕްޓް (ކ) އެއްޗެއް އައު ޙާލަތަކަށް ނުވަތަ ކަމަކަށް ބޭނުން ކުރެވޭ ގޮތަށް ބަދަލު ކުރުން ނުވަތަ ބަދަލު ގެނައުން. adaptation (ނ)
adaptable
އެޑެޕްޓަބްލް (ނއ) އެއްޗެއް އައު ހާލަތަކަށް ނުވަތަ ކަމަކަށް ބަދަލު ކޮށްލެވޭ؛ މީހަކު އައު ކަމަކަށް ނުވަތަ ޙާލަތަކަށް ފަސޭހައިން ބަދަލުވާ ނުވަތަ ހޭނޭ. adaptability (ނ).
adaptor/adapter
އެޑެޕްޓަރ (ނ) އެކި ފާޑުގެ ސާމާނު ގުޅޭގޮތަށް ފަރުމާ ނުކުރެވި ހުއްޓަސް އެ ތަކެތި ގުޅޭގޮތް ހަދާ އާލަތް ނުވަތަ އެތި.
add
އެޑް (ކ) އެއްޗެއް އެހެން އެއްޗަކާ އެއްކުމުގެ ސަބަބުން ގިނަ ވުން ނުވަތަ ގިނަކުރުމަށްޓަކައި އެއްޗެއްގެ ތެރެއަށް އަެހެން ބައެއް އިތުރު ކުރުން؛ ޖުމްލައެއް ގެނައުމަށް ދެ ޢަދަދެއް އެއްކުރުން؛ ދެކެވޭ ވާހަކައެއްގެ ތެރެއަށް އިތުރު އެއްޗެއް ބުނުން.
addendum
އެޑެންޑަމް (ނ) ފޮތެއް ނުވަތަ އެހެންވެސް ފަތެއްގެ ފަހަތަށް އިތުރުކުރާ ބައެއް.
adder
އެޑަރ (ނ) ކުޑަ ވިހަ ހަރުފައެއް.
addict
އެޑިކްޓް (ނ) އެއްޗަކަށް، އާއްމުކޮށް ޑްރަގަށް، ދެވި ހިފައިފާވާ މީހާ.
addicted
އެޑިކްޓިޑް (ނއ) އެއްޗެއް އާދައެއްހެން ނުވަތަ ދެވިހިފައިފާވާ ގޮތަށް ބޭނުންކުރާ؛ ކަމެއް މުނިފޫހިފިލުވުމުގެ ގޮތުން ޝައުޤުވެރިކަމާއެކު ކުރާ. addiction (ނ)
addictive
އެޑިކްޓިވް (ނއ) ދެވި ހިފާ ފަދަ.
addition
އެޑިޝަން (ނ) އެއްކުރުން؛ އެއްޗަކަށް އެއްކުރެވޭ އެހެން އެއްޗެއް.
additional
އެޑިޝަނަލް (ނއ) އިތުރު، އެއްކޮށްފައިވާ. additionally (ކއ)
additive
އެޑިޓިވް (ނއ) އެއްކުރުމާބެހޭ، ޖުމްލަކުރުމާ ބެހޭ؛ ކޮންމެވެސް ޚާއްޞަ ބޭނުމަކަށް މަދުން އެހެން އެއްޗަކަށް އެއްކުރެވޭ އެތި.
addle
އެޑްލް (ކ) ކުނިވުން ނުވަތަ ފިޔޮކެއް ނުއުފެދުން (ބިހާ ބެހޭގޮތުން)؛ ފިކުރު ގޯސްވުން، ބުއްދި އޮޅުން.
address
އެޑްރެސް (ނ) 1. މީހަކު ދިރިއުޅޭތަން، ޚާއްޞަކޮށް ސިޓީފަދަ ތަކެތި މީހަކަށް ލިބުމަށްޓަކައި ފޮނުވޭ ތަނުގެ ފުރިހަމަ ނަން. 2. ބަޔަކަށް ދެވޭ ތަޤުރީރެއް ނުވަތަ ބައެއްގެ ކުރިމަތީގައި ދެކެވޭ ވާހަކެއެއް. 3. ކޮމްޕިއުޓަރެއްގައި ވަކި މަޢުލޫމާތުކޮޅެއް ހިމެނޭ މެމަރީގެ ނަންބަރު.
address
އެޑްރެސް (ކ) 1. މީހަކަށް އެއްޗެއް ރައްދުކުރުމަށް ފުރިހަމަ މަޢުލޫމާތު ލިއުން. 2. ބަޔަކާ މުޚާޠަބު ކުރުން. 3. ކަމެއް ކުރުމަށް މަސައްކަތްކުރުން. 4. ގޮލްފް ކުޅޭއިރު ބޯޅައަށް އަމާޒުކުރުން. Address forms މުޚާޠަބު ކުރާއިރު މިސްޓަރ، ޑޮކްޓަރ ފަދަ ކުރިއަށްލާ ލަފުޒު.
addressee
އެޑްރެސީ (ނ) ސިޓީއެއް، ބުނާ ވާހަކައެއް ފަދަ އެއްޗެއް ރައްދުކުރެވޭ ފަރާތް.
adduce
އެޑިއުސް (ކ) މިސާލެއް ނުވަތަ ހެއްކެއް ނުވަތަ ސަބަބެއްގެ ގޮތުގައި މަޢުލޫމާތު ހުށެހެޅުން.
adenoids
އެޑނޮއިޑްޒް (ނ) ނޭފަތުގެ ފަހަތު ބަޔާއި ކަރާއި ދޭތެރޭވާ މަސްތައް ދުޅަވެ ނޭވާލުމަށް ދަތިވާ ބަލި. adenoidal (ނއ)
adenoma
އެޑްނޯމާ (ނ) ޓިއުމަރެއްގޮތަށް ހަށިގަނޑުގައި އުފެދޭ ބައެއް؛ މިބައިގެ ސަބަބުން މާބޮޑު އުނދަގޫތަކެއް ކުރިމައްޗެއް ނުވެއެވެ.
adept
އެޑެޕްޓް (ނއ) ވަރަށް ހުނަރުވެރި، ކުޅަދާނަ. (ނ) ކަމަކަށް ކުޅަދާނަ މީހާ.
adequate
އެޑިކްވެޓް (ނއ) ކަމަކަށްފުދޭ ވަޒަން ނުވަތަ މިންވަރު؛ ފުދޭވަރެއްވޭ ނަމަވެސް އެންމެ ފުރިހަމަ އެއް ނޫން؛ އެކަށީގެންވާ މިންވަރެއް. adequately (ކއ) adequacy (ނ)
adhere
އެޑްހިއަރ (ކ) 1. ތެރަސްލުމުގެ ސަބަބުން ނުވަތަ ދެމުމުގެ ބާރެއްގެ ސަބަބުން އެއްޗެއް އެހެން އެއްޗެއްގައި ހަރުވުން. 2. ކަމަކަށް ނުވަތަ މީހަކަށް ނުވަތަ ޚިޔާލާތަކަށް ވަފާތެރިވުން. 3. ބަދަލުގެނައުމެއް ނެތި (ރޭވުމެއްގައި) ދެމިހުރުން. adherence (ނ) އެޑްހަރެންޓް adherent (ނ )ކަމަކަށް ނުވަތަ މީހަކަށް ވަފާވެރި މީހާ.
adhesion
އެޑްހީޜަން (ނ) ތަތްލުން، ހަރުލުން؛ ދުޅަވުމުގެ ސަބަބުން ނުވަތަ އަނިޔާއެއްގެ ސަބަބުން އާއްމުކޮށް ނުގުޅޭ ހަށިގަނޑުގެ ދެބައެއް ނުވަތަ ހަމެއް، މަހެއް، ގުނަވަނެއް ގުޅުން.
adhesive
އެޑްހީސިވް (ނއ) ތަތްވާ، ހަރުވާ. (ނ) ތެރަސް، ނުވަތަ ދެއެއްޗެއް ތަތްވާ އެއްޗެއް. adhesiveness (ނ).
ad hoc
އެޑް ހޮކް (ނއ) ވަކި ކަމަކަށް ޚާއްޞަ ވެގެން ނުވާ (ލެޓިން ބަހުން މި އަށް.
adieu
އެޑިއޫ (ނ) އަލްވަދާޢު.
ad infinitum
އެޑް އިންފަނައިޓަމް (ނއ) ހައްދެއްނެތި؛ އަބަދަށް (ލެޓިން ބަހުން ނުގުނޭ މިންވަރަށް).
adipose
އެޑިޕޯސް (ނއ) ޖަނަވާރެއްގެ ސަރުބީން ހަދާފައިވާ ނުވަތަ ސަރުބީ ހިމަނައިގެން ހަދާފައިވާ؛ ސަރުބީގިނަ.
adjacent
އެޖޭސަންޓް (ނއ) ޖެހިގެން އޮތް؛ ޖެހިގެންވާ.
adjective
އެޖިކްޓިވް (ނ) ނަން އިތުރު؛ ނަމަކަށް ސިފައެއް ގެނައުމަށް ނުވަތަ ހުރި ސިފައަށް ބަދަލެއް ގެނައުމަށް ބޭނުންކުރާ ލަފުޒު. މިސާލަކަށް ރީތި ގަމީހެއް. adjectival (ނއ) adjectivally (ނއ).
adjoin
އެޖޮއިން (ނއ) ޖެހިގެން އޮތް؛ ގުޅިގެންވާ؛ ޖެހިގެންވާ؛ އެންމެގާތުގައި.
adjourn
އެޖާރން (ކ) ލަސްކުރުން، ޖަލްސާއެއް ފަދަ ކަމެއް މެދުކަނޑާލުން. ކަމެއް ކުރުން މެދު ކަނޑާލުމަށްފަހު އެހެން ކަމަކަށް އެނބުރުން. adjournment (ނ).
adjudge
އެޖަޖް (ކ) މައްސަލައެއް ފައިސަލާ ކުރުން؛ ކަމެއް ކަނޑައެޅުން؛ އަދާލަތު ހިންގުން؛ ފަޑިޔާރުކަން ކުރުން.
adjudicate
އެޖޫޑިކޭޓް (ކ) މުބާރާތެއް، ގަޒިއްޔާއެއް ނުވަތަ ޝަރީޢަތެއްގައި ގާޒީގެ ރޯލު ނުވަތަ ފަޑިޔާރުގެ ރޯލު ކުޅުން؛ ފަޑިޔާރުކަން ކުރުން. adjudication (ނ) adjudicator (ނ).
adjunct
އެޖަންކްޓް (ނއ) އެއްޗަކަށް އެއްކުރާ ނުވަތަ ގުޅުވާ އެއްޗެއް؛ މިގުޅުވުމުގެ ސަބަބުން ފަހުން ގުޅުވުނު ބަޔަކީ ބޮޑު ނުވަތަ މުހިއްމު ބައިކަމަކަށް ނުވެއެވެ. މީހެއްގެ ވަޒީފާއަށް އެހީތެރިވާ ނުވަތަ ގުޅިގެން މަސައްކަތް ކުރާ
adjure
އެޖޫރ (ކ) ކަމެއް ކުރުމަށް (މިސާލަކަށް ތެދުބުނުމަށް) ހައިބަތާއެކު ސަމާސާއެއް ނެތި އެދުން ނުވަތަ އަމުރުކުރުން. adjuration (ނ).
adjust
އެޖަސްޓް (ކ) 1. އެއްޗެއް އެހުންނަންވީ ތަނަށް ނުވަތަ ގޮތަށް ބަދަލު ކުރުން. ބަރާބަރަށް މަސައްކަތް ކުރާ ގޮތަށް ހެދުމަށް އެއްޗެއް ކުޑަކޮށް ހުންނަން ޖެހޭ ގޮތަށް ނުވަތަ އެވަރަށް ބަދަލު ކުރުން. މީހަކު އައު ހާލަތަކަށް ފަރިތަވުން ނުވަތަ ފަރިތަކުރުވުން. 2. ލިބުނު ގެއްލުން ހިސާބު ކުރުން. adjuster (ނ) adjustment (ނ).
adjustable
އެޖަސްޓަބްލް (ނއ) އެކި ޙާލަތްތަކަށް މިނަށް ނުވަތަ ސައިޒަށް ބަދަލު ކުރެވޭ ނުވަތަ ބަދަލު ވެވޭ.
adjutant
އެޖޫޓަންޓް (ނ) ލަޝްކަރެއްގެ މަތީ ފެންވަރުގެ ވެރިއަކަށް އިދާރީ ކަންތައްތަކުގައި އެހީތެރިވެދޭ އޮފިސަރެއް. adjutant bird (ނ) އުތުރު ކަރައިގެ ބޮޑު ދޫންޏެއް.
ad lib
އެޑް ލިބް (ނއ) މީހަކު ރުހޭ ނުވަތަ އެދޭ ގޮތަކަށް އެއްވެސް ހިފެހެއްޓުމެއް ހައްދެއް ނެތި (ކަމެއް ތަކުރާރުން، ވާހަކަ ދެއްކުން، ލިޔުންފަދަ ކަންކަމުގައި). އަޞްލު ކަލިމައަކީ ލެޓިން ބަހުން ad libitum ހިތްހަމަ ޖެހޭ ގޮތަކަށް. ތައްޔާރުވުމެއް ނެތި ބުނާ ބުނުން ނުވަތަ ކުރާކަން.
adman
އެޑްމޭން (ނ) ވިޔަފާރިތަކުގެ އިސްތިހާރު ފަރުމާ ކުރާމީހާ.
admin
އެޑްމިން (ނ) (ކުރުކޮށް) އިދާރީ ހިންގުން (އެޑްމިނިސްޓްރޭޝަން)
administer
އެޑްމިނިސްޓަރ (ކ) 1. އިދާރީ ނުވަތަ ވިޔަފާރީގެ ކަންތައްތައް ހިންގުން. 2. އެއްޗެއް ރަސްމީގޮތުން ދިނުން، ހަވާލު ކުރުން، މިސާލަކަށް ޓެސްޓެއް ނުވަތަ ހުވައެއް.
administrate
އެޑްމިނިސްޓްރޭޓް (ކ) ހިންގުމުގެ ގޮތުން ޙަރަކާތްތެރިވުން ނުވަތަ ޢަމަލު ކުރުން.
administration
އެޑްމިނިސްޓްރޭޝަން (ނ) އިދާރީގޮތުން ހިންގާ ހިންގުން؛ ވިޔަފާރީގެ ނުވަތަ ރައްޔިތުންގެ ކަންތައްތައް ރާވައި ހަމަޖެއްސުން.
administrative
އެޑްމިނިސްޓްރޭޓިވް (ނއ) އިދާރީ ހިންގުމާބެހޭ.
administrator
އެޑްމިނިސްޓްރޭޓަރ (ނ) އިދާރީ ގޮތުން ހިންގާ މީހާ.
admirable
އެޑްމިރަބްލް (ނއ) އެކަމަކަށް ނުވަތަ މީހަކަށް ހިތްހަމަޖެހި، ރުހި ލޯބި ވާފަދަ؛ ވަރަށް ރަނގަޅު.
admiral
އެޑްމިރަލް (ނ) ކަނޑުގެ ސިފައިންގެ މަތީ އޮފިސަރެއް. ކަނޑުގެ ލަޝްކަރެއްގެ ވެރިއެއް.
admiralty
އެޑްމިރަލްޓީ (ނ) އިނގިރޭސި ވިލާތުގެ ކަނޑުގެ ސިފައިންގެ ކަންތައްތައް ބަލަހައްޓާ ކުރީގެ އޮފީސް ނުވަތަ އިދާރާ.
admire
އެޑްމަޔަރ (ކ) ހިތްހަމަޖެހުމާ، އުފަލާ އެކު ދެކޭ؛ މިފަދަ ޝުޢޫރެއް ފާޅުކުރުން ނުވަތަ ހިތަށް ގެނައުން. admiration (ނ) admirer (ނ)
admissible
އެޑްމިސިބްލް (ނއ) ކަމަކަށް ވެއްދުމަށް ނުވަތަ ބޭނުންކުރުމަށް ޝަރުޠުހަމަވާ ނުވަތަ ފުދޭ؛ ނުވަތަ ތަނަކަށް ކަމަކަށް ވެއްދުމުގެ ޙައްޤުލިބިގެންވާ admissibly (ކއ) admissibility (ނ)
admission
އެޑްމިޝަން (ނ) ތަނަކަށް ވެއްދުން ނުވަތަ ވަނުން؛ މިކަމަށް ނަގާ ފީ؛ ކަމަކަށް ނުވަތަ ތަނަކަށް ވެއްދިކަމަށް ދޭ ލިއުން؛ ކުށެއް ކުރިކަމަށް ވާ އިޢުތިރާފު.
admit
އެޑްމިޓް (ކ) ލަޤަބެއް މަޤާމެއް ފަދަ ޙާލަތަކަށް މީހަކު ވެއްދުން؛ މަދަރުސާއެއް ފަދަ ތަނަކަށް ކިޔަވަން ވެއްދުން؛ ހޮސްޕިޓަލެއް ފަދަ ތަނަކަށް ބަލިމީހެއްގެ ގޮތުގައި ވެއްދުން؛ އެދުމަތިކުރުން؛ ތެދުކަމަށް އެއްބަސްވުން ނުވަތަ އިޤްރާރުވުން؛ ނުރުހުމާއެކު ތެދު ބުނުން؛ ތަންދިނުން (މިސާލަކަށް ރޭވުމަކަށް އިތުރު އިޞްލާޙެއް ހުށަހެޅުމަށް.)
admittance
އެޑްމިޓަންސް (ނ) (ޚާއްޞަކޮށް) އަމިއްލަ ތަނަކަށް ވަންނަން ދޭ ހުއްދަ.
admittedly
އެޑްމިޓަޑްލީ (ކއ) ޤަބޫލުކުރާ ޙަޤީޤަތެއްގެ ގޮތުގައި.
admixture
އެޑްމިކްސްޗަރ (ނ) އެއްޗެއްގެ ތެރެއަށް އެއްކުރާ އެހެން ބާވަތެއް، މިސާލަކަށް ބޭހަކަށް ނުވަތަ ހަވާދަކަށް ނުވަތަ ކޮންކްރީޓް ގަށާއިރު އިތުރު ކުރާ ބާވަތެއް.
admonish
އެޑްމޮނިޝް (ކ) ސަމާސާއެއް ނެތި (ސީރިއަސްކޮށް) ނަޞޭޙަތުގެ ގޮތުން އެއްޗެއް ބުނުން ނުވަތަ ކަމެއް ކުރުމަށް ސާބިތުކަމާއެކު ބާރުއެޅުން؛ ހަރުދަނާ ކަމާއެކު ކަމަކާ ނުރުހިގެން ކުޑަކޮށް އެކަން ހާމަކުރުން. admonition (ނ)؛admonitory (ނއ)
ad nauseam
އެޑް ނޯޒިއަމް (ކއ (ވަރަށް ގިނައިރު ވަންދެން ދެމިގެންދާ؛ ފޫހިވަންދެން (ލެޓިން ބަހުން ހޮޑުލެވެންދެން).
ado
އެޑޫ (ނ) އުނދަގުލެއް؛ މައްސަލަ؛ މަޖާ ކަންތައްގަޑެއް؛ ހަރުޖު
adobe
އެޑޯބީ (ނ) މަށްޓާއި ހުއި އެއްކޮށް، އަވީގައި ހިއްކައިގެން ހަދާ އެޅިގައު. މިފަދަ ގަލުން ހަދާފައި ހުންނަ ބިނާ.
adolescent
އެޑޮލެސެންޓް (ނއ) ކުޑަކުއްޖެއްގެ ޢުމުރާއި ހަރު މީހެއްގެ ޢުމުރާ ދެމެދުގެ އުމުރުފުރަ (ނ) މި ޢުމުރުގެ މީހެއް. adolesence (ނ)
adonis
އެޑޯނިސް (ނ) ރީތި ޒުވާން ފިރިހެނެއް.
Adopt
އެޑޮޕްޓް (ކ) 1. މީހެއްގެ އާއިލާގެ މެންބަރަކަށް (ވާރުތައިން ވާގޮތަށް) އެހެން ބޭރުގެ މީހެއް ގެނައުން؛ މީހެއްގެ ކަންތައްތައް ބަލަހައްޓާ މަންދޫބެއްގެ ގެތޮގައި ހަމަޖެއްސުން؛ އެއްޗެއް ނުވަތަ ކަމެއް ބެލެހެއްޓުމުގެ ޒިންމާ ނެގުން. 2. ރިޕޯޓެއް ފަދަ އެއްޗެއް ތެދުކަމަށް ނިންމުން. adoption (ނ).
adoptive
އެޑޮޕްޓިވް (ނއ) އެޑޮޕްޓް ކުރުމުގެ ގޮތުން ތިމާގެ.
adorable
އެޑޮރަބްލް (ނއ) ވަރަށް ލޮބުވެތި؛ ހިތަށް ފިނިކަން ގެނެސްދޭ. adorably (ކއ).
adore
އެޑޯރ (ކ) މީހެއް ނުވަތަ އެއްޗެއްދެކެ ވަރަށް ބޮޑަށް ލޯބިވުން؛ އެއްޗަކަށް އަޅުކަން ކުރުން؛ އެއްޗެއް ނުވަތަ ކަމަކަށް ވަރަށް ރުހެވުން. adorer (ނ)،adoration (ނ)
adorn
އެޑޯރން (ކ) ޖަރީކުރުން؛ ތަފާތު އެޗިހި ބޭނުންކޮށްގެން ޒީނަތްތެރިކުރުން. އެއްޗަކަށް ޒީނަތަށް ވުން. adornment (ނ)
adrenal glands
އެޑްރީނަލް ގްލޭންޑްސް (ނ) ހަށިގަނޑުގައި ކިޑްނީގެ މަތީގައިވާ އެއްވެސް ހޮޅިއެއް ގުޅިފައި ނުވާ ގުނަވަނެއް. މިގުނަވަނުން އެޑްރީނޭލިން (adrenaline) ކިޔާ ދިޔައެއް ހަށިގަނޑުގެ ތެރެއަށް ފޮނުވައެވެ. މި ދިޔައަކީ ހޯރމޯނެކެވެ. އެއީ ހަށިގަނޑު ގެ ހަރަކާތްތައް އަވަސް ކުރުވާ އެއްޗެކެވެ. adrenal (ނއ) މި ގުނަވަނާ ބެހޭ.
adrift
އެޑްރިފްޓް (ނއ) އޮޔާދާ؛ އެއްވެސް ހަރުދަނާކަމެއް ނެތް.
adroit
އެޑްރޮއިޓް (ނއ) ހުނަރުވެރި؛ މާހިރު. adroitly (ކއ) adroitness (ނ).
adulation
އެޑިޔުލޭޝަން (ނ)ހައްދެއްނެތް ހުރުޝާމިދު. adulatory (ނއ)
adult
އެޑަލްޓް (ނއ) ފުރިހަމަ ސައިޒަށް ނުވަތަ ބޮޑުމިނަށް ނުވަތަ ހަރުކަމަށް ހެދި ބޮޑުވެފައިވާ. (ނ) މިފަދަ މީހެއް ނުވަތަ ދިރޭއެއްޗެއް. adulthood (ނ)
adulterate
އެޑަލްޓަރޭޓް (ކ) އެއްޗަކަށް އެހެން ކޮންމެވެސް އެއްޗެއް އެއްކޮށްގެން އޭގެ ފެންވަރު ދަށްކުރުން. މިސާލަކަށް ރިހާކުރަށް ގޮދަށް ފުށް އެޅުން ނުވަތަ ރަލަށް ހަކުރު ފަނި އެޅުން. adulterant (ނ) މިގޮތަށް ގަޑުބަޑުކުރަން އަޅާ އެތި. adulteration (ނ).
adultery
އެޑަލްޓަރީ (ނ) ހިލޭ މީހަކަށް ޒިނޭކޮށްގެން މީހެއްގެ ފިރިއަކަށް ނުވަތަ އަނބަތްކަށް ބޭވަފާތެރިވުން. adulterous (ނއ) adulterer މިކަން ކުރާ ފިރިހެނާ. adulteress މިކަން ކުރާ އަންހެނާ.
advance
އެޑްވާންސް (ކ) ކުރިއަށް ދިއުން؛ ތަރައްޤީވުން؛ ކަމެއް ހުށަހެޅުން؛ ކަމެއް ރޭވިފައިވާ ތާރީޚަށް ވުރެ ކުރިއަށް ޖެއްސުން؛ ދޭންޖެހޭ އިރަށް ވުރެ ކުރިން ފައިސާ ދިނުން (މިސާލަކަށް މަސް ނިމުމުގެ ކުރިން މުސާރަ ދިނުން).
advanced
އެޑްވާންސް (ނ) ކުރިއަރައިގެން ދިއުން؛ ތަރައްޤީ ވެފައިވާ؛ މަތީ ފެންވަރުގެ؛ ތަކެތި އަގުބޮޑުވުން؛ ލޯނަކަށް ފައިސާ ދޭންޖެހޭ އިރަށް ވުރެ ކުރިން ފައިސާ ދެއްކުން؛ އެހެން މީހުންނަށް ވުރެ ކުރިން ދިއުން (މިސާލަކަށް ކަމެއް ހަމަޖެއްސުމަށް އެޑްވާންސް ޕާޓީއެއް ދިއުން)؛ އެހެން މީހުންނަށްވުރެ ނުވަތަ އަޞްލު އޮންނަ އިރަށް ވުރެ ކުރިން ކަމެއް ކުރުން މިސާލަކަށް ޓިކެޓް ނެގުން؛ advancement (ނ) advances (ނ) ރައްޓެހިކަން ބަދަހިކުރަން ނުވަތަ ވިޔަފާރިއެއް ފެށުމަށް ޙަރަކާތެއް ނުވަތަ ޢަމަލެއް ގެނައުން. in advance (ނއ) ކަމެއް ކުރުމުގެ ނުވަތަ ފެށުމުގެ ކުރިން.
advanced
އެޑްވާންސްޑް (ނއ) ތަރައްޤީގައި ނުވަތަ ދިރިއުޅުމުގައި ކުރިއަރާފައި؛ ފަށާ ނުވަތަ އަސާސީއަށް ވުރެ މަތި.
advantage
އެޑްވާންޓިޖް (ނ) އެދެވޭ ނުވަތަ މަންފާކުރުވަނިވި ހާލަތެއް ނުވަތަ އިރެއް؛ ފައިދާ؛ މަންފާ؛ ޓެނިސް ކުޅުމުގައި ޑިއުސް އަށް ފަހު ލިބޭ ޕޮއިންޓް؛ take advantage ބޭނުން ކުރުން؛ ފައިދާ އެއް ހޯދައި ގަތުން؛
advantageous
އެޑްވާންޓޭޖަސް (ނއ) ފައިދާހުރި؛ މަންފާ ކުރުވަނިވި؛ މުފީދު؛ ނާފިޢު. advantageously (ކއ).
advent
އެޑްވެންޓް (ނ) މުހިއްމު މީހެއް އައުން ނުވަތަ މުހިއްމު ކަމެއްގެ ފެށުން.
adventure
އެޑްވެންޗަރ (ނ) މަޖާ ނުވަތަ ނުރައްކާތެރި ތަޖުރިބާއެއް؛ އުނދަގޫތައް ކުރިމަތިލާން ކެރުން. adventurous (ނއ) adventurously (ކއ)
adventurer
އެޑްވެންޗަރަރ (ނ) ނުރައްކާ، ސިހޭ ކަންތައްތައް ކުރާ މީހެއް؛ ނާޖާއިޒު ގޮތަކުން ނަމަވެސް މަންފާއެއް ހޯދާމީހެއް.
adverb
އެޑްވާރބް (ނ) ކަމަކަށް، ނަންއިތުރަކަށް ނުވަތަ ކަންއިތުރަކަށް އިތުރު ސިފައެއް ގެނެސްދޭ ލަފުޒެއް. މި ލަފުޒެއް އެކަމެއް ކުރި ގޮތެއް ނުވަތަ ވަގުތެއް ނުވަތަ ތަނެއް އަންގާދެއެވެ. މިސާލަކަށް އަވަހަށް ލިޔެފި މި ޖުމްލައިގައި އަވަހަށް އެއީ ކަންއިތުރެކެވެ. adverbial (ނއ)،adverbially (ކއ).
adversary
އެޑްވާރސަރީ (ނ) ހަތުރެއް ނުވަތަ ޢަދުއްވެއް.
adverse
އެޑްވާރސް (ނއ) ފަހިނޫން؛ ހިތާމަތަކާއި އުނދަގޫތައް ކުރިމަތިކުރާ. adversely (ކއ)
adversity
އެޑްވާރސިޓީ (ނ) ބަދު ނަޞީބު؛ ތަކުލީފު.
advertise
އެޑްވާރޓައިޒް (ކ) ޢާއްމުކޮށް އެނގޭގޮތް ހެދުން؛ އިޢުލާނު ކުރުން؛ އެއްޗެއް މީހުންލައްވާ ގަތުމަށް ނުވަތަ ބޭނުން ކުރުމަށް އެންމެންނަށް ހާމަވާގޮތަށް އެއްޗެއް ރަނގަޅުކަމަށް ވާހަކަ ދެއްކުން؛ އެންމެންނަށް ހާމަވާގޮތަށް އެއްޗަކަށް (މިސާލަކަށް ސެކްރެޓަރީއަކަށް) އެދުން ނުވަތަ ވިއްކަން ހުށަހެޅުން. އިސްތިހާރު ކުރުން.
advertisement
އެޑްވާރޓައިޒްމަންޓް (ނ) ޢާއްމު އިޢުލާނު؛ އެއްޗެއް ވިއްކުމަށް ނުވަތަ ހޯދުމަށް ކުރެވޭ އިސްތިހާރު.
advice
އެޑްވައިޒް (ނ) ކަމެއް ކުރާނެ ގޮތަކާއި މެދު ނުވަތަ އުޅޭނެ ގޮތަކާއިމެދު ދެވޭ ޚިޔާލު؛ މިގޮތަށް ދޭ ޚިޔާލު. ނަޞީޙަތް. އެއްޗެއް ވިއްކާމީހެއް އެތަކެތި ފޮނުވިކަމަށް އަންގާ ފޮނުވާ ނޯޓު.
advisable
އެޑްވައިސަބްލް (ނއ) ނަޞޭޙަތުގެ ގޮތުގައި ހުށެހެޅޭފަދަ ރަނގަޅު. advisability (ނ)
advice
އެޑްވައިޒް (ކ) ނަޞީޙަތް ދިނުން؛ މަޢުލޫމާތު ދިނުން؛ އެންގުން.
advisory
އެޑްވިސަރީ (ނއ) ނަޞީޙަތްދޭ؛ ނަޞީޙަތްދެވޭ ފަދަ ޤާބިލް.
advocacy
އެޑްވޮކެސީ (ނ) އެއްޗެއް ރަނގަޅުކަމަށް ބުނާ ބުނުން. ސިޔާސަތެއް ޙުށަހަޅާ އެ ދިފާޢުކުރުން. މިކަން ކުރާ މީހެއްގެ މަސައްކަތް.
advocate
އެޑްވޮކޭޓް (ކ) އެއްޗެއް ރަނގަޅުކަމަށް ހުށަހެޅުން. މީހެއްގެ ފަރާތުން ޝަރީޢަތެއްގައި ބައިވެރިވުން. އެހެން މީހެއްގެ ފަރާތުން ވާހަކަ ދެއްކުން ނުވަތަ މައްސަލައެއް ދިފާޢު ކުރުން.
adze
އޭޑްޒް (ނ) އޮޑާ. މުށްގަނޑަށް ހުރަސްވާގޮތަށް ތިލަލީ އާލަތެއް. މިބޭނުންކުރަނީ ލަކުޑި މެށުމަށެވެ.
aegis
އޭޖިސް (ނ) ސަލާމަތްތެރިކަން؛ ހިމާޔަތް؛ މިސާލަކަށް މަޝްރޫޢެއް ޖަމްޢިއްޔާއެއްގެ އެހީގައި ނުވަތަ ހިމާޔަތުގައި ފެށުން.
aeon
އީއޮން (ނ) ވަރަށް ދިގު ޒަމާނެއް. ވަރަށް ދިގު މުއްދަތެއް.
aerate
އެއިރޭޓް (ކ) އެއްޗެއް ވައިގެ އަސަރަށް ހުށަހެޅުވުން. މިސާލަކަށް އެއްޗެއްގެ ތެރެއިން ވައި ފޮނުވުން. ކާރބަން ޑިއޮކްސައިޑް ކިޔާ ގޭސް ޖޫހަކަށް ފޮނުވުން. aerator (ނ) aeration (ނ).
aerial
އޭރިއަލް (ނއ) ޖައްވުގެ؛ ހަވާގެ؛ ވައިން އެކުލެވިފައިވާ ނުވަތަ ވަޔާ ވައްތަރު؛ ވައިގައި ހިމެނިފައިވާ؛ ވައިގެ ތެރޭގައި އެލުވިފައިވާ؛ މަތީގައި އޮންނަ އުޅަނދަކުން އެލުވިފައިވާ. (ނ) މަޢުދަނުން ހަދާފައިވާ ނަރެއް. މިބޭނުންކުރަނީ ކަރަންޓާއި ދަގަތްފާނުގެ ރާޅުތައް ޖައްވުގެ ތެރެއަށް ފޮނުވުމަށެވެ.
aerobatics
އެއިރޯބެޓިކްސް (ނ) މީހުންނަށް ދެއްކުމަށް މަތިންދާބޯޓުން ހައިރާން ކުރުވާ ކަހަލަ ކުޅިވަރު ދެއްކުން. aerobatic (ނއ)
aerodrome
އެއިރޯޑްރޯމް (ނ) މަތިންދާބޯޓް ޖައްސާ ދަނޑު.
aerodynamics
އެއިރޯޑައިނަމިކްސް (ނ) ހަރު ތަކެތީގައި ޖެހިގެން ވައި ދަތުރުކުރާއިރު، ނުވަތަ ވައިގެ ތެރެއިން ހަރުތަކެތި ދަތުރު ކުރާއިރު އުފެދޭ ލޮލަން ނުފެންނަ ރާޅުބާނީތަކާއި އެއްޗަށް އަންނަ ހުއްޓުން. މިކަމާބެހޭ ޢިލްމް aerodynamic (ނއ).
aerofoil (airfoil)
އެއިރޯފޮއިލް (ނ) މަތިންދާބޯޓެއްގެ ފިޔަގަނޑު ނުވަތަ ހުންގާނު. ފަތިކޮން ހުންނަ މަތިންދާބޯޓުގެ ބޭރުގެ ބައިތައް.
aeronautics
އެއިރޯނޯޓިކްސް (ނ) މަތިންދާބޯޓާއި ބެހޭ ޢިލްމު. aeronautical (ނއ).
aeroplane
އެއިރޯޕްލޭން (ނ) މަތިންދާ ބޯޓު؛ ފިޔަލީ ވަޔަށްވުރެ ބަރު އުޅަނދު.
aerosol
އެއިރޮސޯލް (ނ) ޝެލްޓޮކްސް ފުޅި ފަދައިން ފުޅިއެއް ފަދަ އެއްޗެއްގައި ބަންދުކުރެވި މަތި ކުޑަކޮށް ހުޅުވާލުމުން ހިމަ ތިކިތަކެއްގެ ގޮތުގައި ނުކުންނަ އެ އެތިގައި ހުންނަ ދިޔަ. މިގޮތަށް ބަންދުކޮށްފައި ހުންނަ ފުޅި.
aerospace
އެއިރޯސްޕޭސް (ނ) ދުނިޔޭގެ ޖައްވާއި އޭގެ ބޭރު. މި ސަރަހައްދުގައި އުޅަނދު ދުއްވުމާބެހޭ ޓެކްނޯލޮޖީ.
aesthete
އެސްތީޓް (ނ) ކަންކަމާއި ތަކެތީގެ ރީތިހުތުރުއެނގޭކަމަށް ބުނާ މީހުން.
aesthetic
އެސްތެޓިކް (ނއ) ރީތި ހުތުރާ ބެހޭ؛ ރީތި ކަމަށް ލޯބިކުރާ؛ ފާޑުވެރި. aesthetically (ކއ) aesthetics (ނ) ރީތިކަމުގެ ފަލްސަފާ.
aetiology
އީޓިއޮލޮޖީ (ނ) ކަމެއް ވުމުގެ (މ. ބައްޔެއް ޖެހުމުގެ) ސަބަބާއި މެދުވެރިވާ ކަންތައްތަކާބެހޭ ޢިލްމު. aetiological (ނއ) ، aetiologically (ކއ).
afar
އެފާރ (ނއ) ދުރުގައި؛ ވަރަށް ދުރުގައި.
affable
އެފެބްލް (ނއ) ވާހަކަ ދެއްކުމުގައި އޯގާތެރި އަދި އެކުވެރި. ތަހުޒީބު، އަނީސް. affably (ކއ) affability (ނ).
affair
އެފެއާރ (ނ) 1. ކުރާ ނުވަތަ ކުރަންޖެހިފައިވާ ކަމެއް؛ މައްސަލައެއް؛ ގަޒިއްޔާއެއް؛ މުޢާމަލަ؛ އަމްރު؛ އަމިއްލަ ނުވަތަ ރައްޔިތުންގެ އާއްމު މައްސަލަ. 2. އެއްޗެއް ނުވަތަ ކަމެއް. 3. އިނދެގެން ނޫޅޭ ދެމީހެއްގެ ދެމެދުގައި ހިންގާ ޖިންސީ މުޢާމަލާތް
affect
އެފެކްޓް (ކ) 1. އަސަރު ކުރުން؛ ހިތާމަ އުފެދުން ނުވަތަ މީހެއްގެ ހާލަތަކަށް ދެރަވުން. 2. ބައްޔެއްނަމަ، އެ ޖެހުން. 3. ކަމެއް ނުވިއަސް އެކަމުގެ ވައްތަރު ޖައްސައިގެން އުޅުން، މިސާލަކަށް އެކަނބުލޭގެ ނޭނގޭކަމަށް ހަދައިގެން އުޅޭނަމަ މިހެން ބުނެފާނެއެވެ: She affected ignorance
affectation
އެފެކްޓޭޝަން (ނ) ކަމެއް ޙަޤީޤަތުގައި ނުވިއަސް، އެކަމެއް ވީކަމަށް ދެއްކުމުގެ ބޭނުމުގައި އުޅޭ އުޅުން. އެހެންމީހުންގެ ސަމާލުކަން ހޯދަން ޠަބީޢީ ނޫން ގޮތަކަށް އުޅޭ އުޅުން.
affected
އެފެކްޓަޑް (ނއ) ހެދިގެން އުޅޭ؛ މުނާފިޤު.
affection
އެފެކްޝަން (ނ) ލޯބި؛ ރުހުން؛ ބަލިވެފައިވުން.
affiance
އެފައަންސް (ނއ) ކައިވެނިކުރަން އިޤްރާރުވުން
affidavit
އެފިޑޭވިޓް (ނ) ޝަރީޢަތެއްގައި ބޭނުންކުރުމަށް ހުވާ ކޮށް ލިޔެފައިވާ ލިއުމެއް.
affiliate
އެފިލިއޭޓް (ކ) ގުޅުމެއް ޤާއިމް ކުރުން (މ. ދެ ޖަމްޢިއްޔާއެއްގެ ދެމެދުގައި). affiliation order (ނ) ކޯޓަކުން ނަހަލާލަށް އުފަންވެފައިވާ ކުއްޖެއްގެ ޚަރަދުތައް ހިފުމަށް ފިރިހެނަކަށް (ބައްޕައަށް) އަންގާ އެންގުން.
affinity
އެފިނިޓީ (ނ) ކައިވެނީގެ ސަބަބުންވާ ތިމާގެކަން؛ އެއްގޮތްކަން؛ ވަރުގަދަ ޠަބީޢީ ދެމުމެއް ނުވަތަ އެކުވުމެއްވާ؛ އެއްޗެއް އެހެން އެއްޗަކާ ފަސޭހައިން އެއްވުމަށް ހުންނަ ބާރު.
affirm
އެފާރމް (ކ) ތެދުކަމަށް ބުނުން؛ ހުވާކުރުމުގެ ބަދަލުގައި އެއްޗެއް ނުވަތަ ކަމެއް އެއީ ތެދުކަމަށް ސާބިތުކަމާއެކު ބުނުން.
affirmation
އެފަރމޭޝަން (ނ) ތެދުކަމަށް ބުނާބުނުން. ހުވާ ކުރަން ބޭނުންނުވާ މީހަކު ކަމެއް އެއީ ތެދުކަމަށް ބުނާ ބުނުން، ނުވަތަ ލިއާ ބަޔާން.
affirmative
އެފަރމެޓިވް (ނއ) އެއްބަސްވާ؛ ތެދުކަމަށް ބުނާ. މިސާލަކަށް އާއެކޭ އެއީ ކަމެއް ތެދުކަމަށް (އެފާރމެޓިވްކޮށް) ދޭ ޖަވާބެއް. ތެދުކަމަށް ބުނާ ބުނުމެއް ނުވަތަ މިގޮތަށް ލިޔާ ބަޔާނެއް. affirmatively (ކއ).
affix
އެފިކްސް (ކ) އެއްޗެއްގައި ހަރުކުރުން؛ ލިއުމުން ހިމެނުން.
afflict
އެފްލިކްޓް (ކ) ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން އުނދަގޫ ނުވަތަ ދަތިކުރާ.
affliction
އެފްލިކްޝަން (ނ) ހިތާމަ؛ ބަލާއެއް؛ މިފަދަ ކަމެއް މެދުވެރިކުރުވާ އެއްޗެއް ނުވަތަ ކަމެއް.
affluent
އެފްލޫއަންޓް (ނއ) މުއްސަނތި؛ ތަނަވަސް. affluently (ކއ) affluence (ނ)
afford
އެފޯރޑް (ކ) ކަމެއް ކުރާނެ ފައިސާ ނުވަތަ ތަނަވަސްކަން ހުރުން؛ ކަމެއް ކުރެވޭފަދަ ޙާލަތެއްގައި ވުން؛ ދިނުން (މިސާލަކަށް މީހަކާ ބެހޭ މަޢުލޫމާތު ޑައެރީއަކުން.
afforestation
އެފޮރެސްޓޭޝަން (ނ) ޖަންގައްޔެއް ނުވަތަ ވަލެއް ހެއްދުމަށް ގަސްއިންދުން.
affray
އެފްރޭ (ނ) ޢާއްމު ހަޅުތާލު ނުވަތަ ތަޅާފޮޅުމުގެ ސަބަބުން ތަނެއްގެ އަމާންކަން ގެއްލުން.
affront
އެފްރަންޓް (ކ) މީހަކަށް ޤަޞްދުގައި ޖައްސާލުން؛ ރުޅިއަރުވާލުން ނުވަތަ ލަދުގަންނަވާލުން. އިހާނަތްތެރިކޮށް ހިތުން. affrontery (ނ) ޤަޞްދުގައި އިހާނަތްތެރިކޮށް ހިތާ ހިތުން.
afghan
އަފްޣާން (ނ) އެތެރޭގައި ކަންބަޅި ކެހެރި ހުންނަ ފިނިއިރުލާ ކޯޓެއް.
Afghan hound
އަފްޣާން ހައުންޑް (ނ) ކެހެރި ދިގު ކުއްތާއެއް.
aficionado
އެފިޝިއޮނާޑޯ (ނ) ވަކި ކުޅިވަރަކަށް ނުވަތަ މުނިފޫހިފިލުވުމަށް ހެސްގަނެފައިވާ މީހާ.
afield
އެފީލްޑް (ނއ) ގެޔާ ވަރަށް ދުރުގައި؛ ދުރުގައި.
afire
އެފަޔަރ (ނއ، ކއ) އަލިފާން ހިފާފައި.
aflame
އެފްލޭމް (ނއ، ކއ) ހުޅުފަޅާފައި؛ ރޯވެފައި.
afloat
އެފްލޯޓް (ނއ، ކއ) ފެންމަތީގައި؛ ކަނޑުގައި؛ ބޯޓެއްގައި؛ ފެނުން ފުރިފައި.
afoot
އެފޫޓް (ނއ، ކއ) ކުރިއަށް ހިނގަމުން ދަނީ.
aforesaid
އެފޯރސެޑް (ނއ، ކއ) އިހު ބުނެފައިވާ؛ ކުރިން ކިޔައިދީފައި؛ ކުރިން ބަޔާން ކުރެވިފައިވާ
aforethought
އެފޯރތޯޓް (ނއ) ކުރިން ރާވައިގެން.
afraid
އެފްރޭޑް (ނއ) ބިރުގަނެފައި؛ ނަތީޖާ އާއި މެދު ކަންބޮޑުވެފައި؛ ރީތިބަހުން ހިތާމައާ އެކު؛ މިސާލަކަށް I am afraid there is none left މި ޖުމްލައިގެ މާނައަކީ ”ހިތާމައާއެކު ބުނަމޭ ބާކީއެއްވެސް އެއްޗެއް ނެތޭ.“
afrormosia
އެފްރޯމޯސިއާ (ނ) ހައިވަކަރު ކަހަލަ ފަރުނީޗަރު ހެދުމަށް ބޭނުންކުރާ އެފްރިކާގެ ލަކުޑިއެއް.
aft
އޭފްޓް (ކއ) ކަނޑުގައި ދުއްވާ އުޅަނދެއްގެ ނުވަތަ މަތިންދާ ބޯޓެއްގެ ހުންގާނު ކޮޅާ ގާތުގައި ނުވަތަ އެދިމާއަށް.
after
އޭފްޓަރ/އާފްޓަރ (ޕޕ) 1. ތަރުތީބުން ފަހަތުގައި. 2. ލަސް ގަޑިއެއް ނުވަތަ ހިނދެއްގައި. 3. އެހެނަސް. 4. ނަތީޖާއެއްގެ ގޮތުން. 5. އެއްޗެއްގެ ފަހަތުން (ދުވުން ނުވަތަ ދަތުރުކުރުން) 6. އެއްޗަކާއި ބެހޭގޮތުން. 7. މީހެއްގެ ސިފަ ނުވަތަ ނަމުން ނަންދީގެން (މިސާލަކަށް He is named after my grandfather މި ޖުމްލައިގެ މާނައަކީ އޭނާއަށް ނަން ކިޔާފައިވަނީ އަހަރެއްގެ ކާފަގެ ނަމުންނެވެ.).
after
އޭފްޓަރ/އާފްޓަރ (ކއ) ފަހަތުން؛ ފަހުން. afters (ނ) ކެއުމެއްގެ މައި ބަޔަށްފަހު އިތުރަށް އިންސާފު ކުރެވޭ ތަކެތި: ފޮނިތަކެތި، ފޯއް، ބިލެތް.
after-care
އޭފްޓަރ ކެއަރ (ނ) ހަސްފަތާލަކުން ދޫކޮށްލުމުން ބަލިމީހަކަށް ދެވޭ ފަރުވާ. ޖަލަކުން ފަދަ ތަނަކުން ދޫކޮށްލާ ކުށްވެރިއަކަށް ފަހުން ދެވޭ ޚިދުމަތް.
after-effect
އާފްޓަރ އިފެކްޓް (ނ) އެ ކުރުވި ނުވަތަ ޖެހުނު ސަބަބު ނެތި ދިއުމުންވެސް ކުރަމުންދާ އަސަރު.
afterbirth
އާފްޓަރބާރތް (ނ) ކުދިން ވިހާއިރު ދަރިއާއި ގުޅިފައި އޮންނަ ”މަސް.“
afterlife
އާފްޓަރލައިފް (ނ) އާޚިރަތުގެ ނުވަތަ މުސްކުޅިވާ ދުވަސްވަރުގެ ދިރިއުޅުން.
aftermath
އާފްޓަރމާތު (ނ) ކަމެއް ނިމުމުން އެކަމުގެ ނަތީޖާއެއްގެ ގޮތުން ނުވަތަ އެކަމަކާ ގުޅިގެން ހިނގާ ހާދިސާތަކާއި ޙާލަތު.
aftermast
އާފްޓަރމާސްޓް (ނ) އެންމެ ހުންގާނު ކޮޅާ ކައިރީގައި ހުރި ކުނބު.
aftermost
އާފްޓަރމޯސްޓް (ނއ) އެންމެ ދުރުން ފަހަތުގައި
afternoon
އާފްޓަރނޫން (ނ) މެންދުރާއި އިރުއޮށްސޭ ވަގުތާއި ދެމެދު.
aftershave
އާފްޓަރޝޭވް (ނ) ތުބުޅި ބާލައިފައި އުނގުޅާ ލޯޝަނެއް.
afterthought
އާފްޓަރތޯޓް (ނ) ފަހުން ވިސްނާލާފައި އައި ޚިޔާލެއް ނުވަތަ އިތުރު ކުރި ބައެއް.
afterwards
އާފްޓަރވާރޑްސް (ކއ) ފަހު ވަގުތެއްގައި ނުވަތަ ފަހުން.
again
އެގެއިން (ކއ) 1. އަލުން؛ އަދި އެއްފަހަރު. 2. ކުރިއާ އެއްގޮތަކަށް. 3. އިތުރަށް.
against
އެގެއިންސްޓް (ޕޕ) 1. އިދިކޮޅަށް 2. ކަމަކާ ނުވަތަ ޙާލަތަކާ ޚިލާފަށް. 3. ކަމަކަށް ތައްޔާރު ވުމުގެ ގޮތުން.
agape
އެގޭޕް (ނއ) އަގަ ހުޅުވިފައި.
agaric
އެގެރިކް (ނ) އާދައިގެ ހަންޑިކުޑަ ފަދަ ދިރޭ އެއްޗެއް.
agate
އެގެޓް (ނ) ވަރަށް ހަރު ހިލައެއް؛ މި ހިލައިގައި ވަށް ރޮނގުތަކެއް ހުރެއެވެ.
age
އޭޖް (ނ) ޢުމުރު؛ މީހަކު ނުވަތަ އެއްޗެއް ދިރި ދުނިޔޭގައިވީ މުއްދަތު؛ މުސްކުޅި ދުވަސްވަރު؛ ވަކި ކަމެއް ހިނގާދިޔާ ތާރީޚީ ދުވަސްވަރު؛ މުއްދަތު؛ ވަރަށް ގިނަ އިރު.
age
އޭޖް (ކ) މުސްކުޅިވުން؛ މުސްކުޅިވުމުގެ ނިޝާންތައް ފެނުން؛ މުސްކުޅި ކުރުވުން؛ ހަރުވުން. age-group އުމުރު ފުރާ؛ age-limit ވަކި ކަމެއް ކުރުމަށް ކަނޑައެޅިފައިވާ މަތީ އުމުރު.
aged
އޭޖްޑް (ނއ) ވަރަށް ދޮށި ނުވަތަ މުސްކުޅި؛ ވަކި ޢުމުރެއް ފުރިފައިވާ.
ageless
އޭޖްލަސް (ނއ) މުސްކުޅިނުވާ.
agency
އޭޖެންސީ (ނ) 1. އެޖެންޓެއްގެ ވިޔަފާރި ނުވަތަ ކުރާކަން؛ އެޖެންޓެއްގެ މަރުކަޒު؛ ވަކާލަތް. 2. ވާޞިޠާ؛ ކަމެއް ވުމަށް މެދުވެރިވާ އެތި ނުވަތަ ކަން.
agenda
އެޖެންޑާ (ނ) ޖަލްސާއެއްގައި ކުރަން ހުރި ކަންތައްތައް؛ ޖަދުވަލް.
agent
އެޖެންޓް (ނ) ކަމެއް ކުރާ މީހެއް ނުވަތަ ޢަމަލެއް ހިންގުމަށް ބާރުދޭ މީހެއް؛ އެހެން މީހެއްގެ ފަރާތުން ޙަރަކާތްތެރިވާ މީހެއް؛ ވަކީލު؛ ޢަމީލު؛ ޖާސޫސް؛ ބަދަލެއް ގެންނަ ނުވަތަ ކަމެއް ކުރުވާ އެއްޗެއް.
agent provocateur
އަޜާން ޕްރޮވޮކާޓަރ (ނ) ކުށަކަށް ތުހުމަތު ކުރެވޭމީހުން ފާޅުގައި ކުށް ކުރުވަން ”ހިތްވަރު“ ދޭން ހަމަޖައްސާފައި ހުންނަ މީހެއް.
agglomerate
އެގްލޮމަރޭޓް (ކ) އެކަތިގަނޑަކަށް އެކުވުން. agglomeration (ނ).
)ނ) އެކަތިގަނޑަކަށް އެކުވެފައިވާ އެއްޗެއް.
agglutination
އެގްލޫޓިނޭޝަން (ނ) އެއްކޮށް ތަތްވުން.
aggrandizement
އެގްރޭންޑިޒްމަންޓް (ނ) ބާރު ނުވަތަ މުއްސަދިކަން ނުވަތަ މުހިއްމުކަން އިތުރުވުން.
aggravate
އެގްރެވޭޓް (ކ) ކަމެއް ކުރިއަށްވުރެ ގޯސް ނުވަތަ ސީރިއަސްވުން ނުވަތަ ކުރުވުން؛ ރުޅިއެރުވުން. aggravation (ނ).
aggregate
އެގްރިގަޓް (ނއ) މުޅި ޖުމްލަ؛ އެއްކޮށްފައިވާ މުޅި ޖުމްލައެތި؛ ކޮންކްރީޓް ހެދުމުގައި ބޭނުންކުރާ ހިލަ ނުވަތަ އަކިރި.
aggregate
އެގްރިގަޓް (ކ) އެއްކޮށް ޖުމްލަ ކުރުން؛ އެއްކުރުން aggregation (ނ).
aggression
އެގްރެޝަން (ނ) އުދުވާނު؛ އަދާވަތްތެރި ހަރަކާތް ނުވަތަ ޢަމަލު.
aggressive
އެގްރެސިވް (ނއ) 1 . އަދާވާތްތެރި؛ އުދުވާނީ. 2. ބާރުގަދަ؛ އަމިއްލަ ބޭނުން ފުއްދުމަށް އެއްވެސް އެހެންކަމަކާ ފިކުރެއްނެތް. aggressively (ކއ) ،aggressiveness (ނ)
aggressor
އެގްރެސަރ (ނ) ފުރަތަމަ ހަމަލައެއް ދޭ ޤައުމު ނުވަތަ މީހާ؛ އަދާވާތްތެރިކަށް ފަށާ ފަރާތް.
aggrieved
އެގްރީވްޑް (ނއ) ބޭއިންސާފަށް ކަންތައްކުރުމުގެ ސަބަބުން ރުޅިއައިސްފައިވާ.
aghast
އެގާސްޓް (ނއ) އަންތަރީސް ވެފައިވާ.
agile
އެޖައިލް / އެޖްލް (ނއ) އަވަހަށް ހަރަކާތްތެރިވާ. agilely (ކއ) ،agility (ނ).
agitate
އެޖިޓޭޓް (ކ) ހަށިގަނޑު ތެޅުވުން ނުވަތަ އަވަހަށް ހަރަކާތް ކުރުން؛ އުނދަގޫ ކުރުން ނުވަތަ ނުތަނަވަސްކަން އުފެއްދުން؛ ޢާއްމުންގެ ސަމާލުކަން ހޯދުން ނުވަތަ ޝައުޤުވެރިކަން އުފެއްދުން.agitation ، agitator (ނ).
aglow
އެގްލޯ (ނއ) ނޫރެއް އުފައްދާ؛ އައްޔާއި ހޫނު (އަލިފާން ނެތި) ފަތުރާ ނުވަތަ ނިކުންނަ.
agnostic
އެގްނޯސްޓިކް (ނ) މާއްދީ ތަކެތި ފިޔަވައި އެހެން އެއްވެސް އެއްޗެއް ނޭނގޭނޭ ކަމަށް ޤަބޫލުކުރާ މީހެއް. މިފަދަ މީހުން ކަލަކު ވޮޑިގެންވާ ކަމަށް ވެސް ނުވަތަ ނުވާކަމަށް ވެސް ޤަބޫލެއްނުކުރެއެވެ.
ago
އެގޯ (ކއ) މާޒީގައި.
agog
އެގޮގް (ނއ) ޝައުޤުވެރި؛ އުއްމީދީ.
agonize
އެގޮނައިޒް (ކ) 1. ވަރަށް ފުން ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ނުވަތަ ތަދު އުފައްދާ. 2. ކަމަކާ ވަރަށް ބޮޑަށް ފިކުރުކުރުން ނުވަތަ ހާސްވުން. agonizingly (ކއ)
agony
އެގޮނީ (ނ) ވަރަށް ބޮޑަށް އަސަރުކުރުވާ ޖިސްމާނީ ނުވަތަ ނަފްސާނީ ތަދު.
agrophobia
އެގޮރަފޯބިއާ (ނ) ހުސް ފުޅާ ސަރަޙައްދު ހުރަސްކުރަން ބިރުގަންނަ ނަފްސާނީ ބަލި؛ ރުހާބު. agrophobic (ނ) މި ބަލިޖެހިފައިވާ މީހާ.
agrarian
އެގްރޭރިއަން (ނ) ދަނޑުވެރިކަމާ ބެހޭ؛ ޒިރާޢީ.
agree
އެގްރީ (ކ) 1. އެއްބަސްވުން؛ އިއްތިފާޤުވުން. 2. އެހެން އެއްޗަކާ އެއްބަސްވުން ނުވަތަ ހަމަހަމަވުން ނުވަތަ އެއްގޮތްވުން. 3. މީހެއްގެ ޞިއްޙަތާއި ނުވަތަ ހަޖަމާ ގުޅުން. 4. އެހެން މީހަކާ އެކީ ފަސޭހަ ކަމާއެކު އުޅެވުން. 5. ޖުމްލައެއްގެ އެކި ލަފުޒު ގަވާއިދުގެ ގޮތުން އެއް ލަފުޒު އަނެއް ލަފުޒާއި ގުޅުން.
agreeable
އެގްރީއަބްލް (ނއ) ހިތްގައިމު؛ އުފާ ގެނެސްދޭ؛ އެއްބަސްވުމަށް ފަސޭހަ؛ މުވާފިޤު؛ މަޤްބޫލް. agreeably (ކއ)
agreement
އެގްރީމަންޓް (ނ) އެއްބަސްވުން؛ އިހްސާސްތަކާއި ރައުޔު އެއްގޮތްވުން؛ ދެބައެއްގެ ދެމެދުގައި އެއްބަސްވެފައިވާ ގޮތެއް؛ އިއްތިފާޤު.
agriculture
އެގްރިކަލްޗަރ (ނ) ބޮޑެތި ދަނޑުތައް ހެއްދުމާއި ބެހޭ ޢަމަލާއި ޢިލްމު؛ ޒަރާޢަތް. agricultural (ނއ) ،agriculturally (ކއ).
agronomy
އެގްރޮނޮމީ (ނ) ދަނޑުގޮވާން ކުރުމާއި ދަނޑުބިމާއި ބެހޭ ޢިލްމު.
aground
އެގްރައުންޑް (ނއ، ކއ) އުޅަދެއް ބީހުން؛ އުޅަނދެއްގެ ދަށް ތިލަ ތަނެއްގައި ޖެހުން.
ah
އާހ (އނ) ހިތްހަމަޖެހިގެން، ހައިރާންވެގެން، ދެރަވެގެން ފަދަ ކަމެއްވުމުން ހައިރާން ކަމާއެކު ބުނެލާ ބަހެއް.
aha
އަހާ (އނ) މަލާމާތްކުރުމުގެ ގޮތުން، ހައިރާންވެގެން ނުވަތަ ކާމިޔާބެއް ޙާޞިލްވެގެން ބުނެލާ ލަފުޒެއް.
ahead
އެހެޑް (ކއ) ވަގުތުގެ ގޮތުން ނުވަތަ ދުރުމިނުގެ ގޮތުން ކުރީގައި؛ ޤުއްދާމު.
ahem
އެހެމް (އނ) ކަރުކެހޭއިރު އިއްވާ ކަހަލަ އަޑެއް އިއްވުން. މި އަޑު އިއްވަނީ ދެކެވޭ ވާހަކަ ޤަބޫލު ނުކުރާކަމަށް ނުވަތަ މީހެއްގެ ސަމާލުކަން ހޯދުމަށެވެ.
ahoy
އެހޯއި (އނ) ކަނޑުދަތުރުވެރިން މީހުންގެ ސަމާލުކަން ހޯދުމަށް ބުނާ ލަފުޒެއް.
aid
އޭޑް (ކ) އެހީތެރިވުން؛ (ނ) ކަމަކަށް އެހީތެރިވެދޭ އެއްޗެއް؛ އެހީ؛ ޤައުމަކަށް އެހީވުމުގެ ގޮތުން ފޮނުވާ ކާނާ، ފައިސާ ފަދަ ތަކެތި. ސާޢަދަ.
aide
އޭޑް (ނ) (އެމެރިކާ މީހުން ބަސްމޮށުމުގައި) މީހަކަށް އެހީތެރިވާ މީހެއް.
aide de camp
އޭޑް ޑި ކާން (ނ) އިސް އޮފިސަރަކަށް އެހީތެރިވާ ކަނޑުގެ ސިފައިންގެ މީހެއް ނުވަތަ އަސްކަރީ މީހެއް.
ail
އޭލް (ކ) ބަލިމަޑުކަމެއް ދިމާވުން ނުވަތަ ނުތަނަވަސްކަމެއް ދިމާވުން. ailing (ނއ) ބަލިވެ؛ ހާލު ދެރަ.
aileron
އޭލަރޯން (ނ) މަތިންދާ ބޯޓުގެ ފިޔަގަނޑުގައި ހުޅުލާފައި ހުންނަ ބައެއް؛ މީގެ ބޭނުމަކީ ރަހަކޮށް ބޯޓު ބެހެއްޓުން.
ailment
އޭލްމަންޓް (ނ) ކުޑަ ބަލިމަޑުކަމެއް.
aim
އެއިމް / އޭމް (ކ) އަމާޒުކުރުން؛ އެއްޗެއް (ދުންޏެއް، މިސައިލެއް، އުންޑައެއް ފަދަ އެއްޗެއް) ވަކި ތަނަކަށް އަމާޒުކޮށް ފޮނުވުން؛ ވަކި މަޤްޞަދަކަށް އަމާޒު ކުރުން؛ ވަކި ކަމެއް ކުރުމަށް މަސައްކަތް ކުރުން. (ނ) އަމާޒު؛ މަޤްޞަދު؛ ސަމާލުކަން ދޭކަން.
aimless
އެއިމްލަސް (ނއ) މަޤްޞަދެއްނެތް aimlessly (ކއ) ، aimlessness (ނ).
ain’t
އެއިންޓް (ކުރުކޮށް) Am not ޢާއްމުކޮށް ބޭނުން ނުކުރާ ލަފުޒެއް.
air
އެއަރ (ނ) ވައި؛ ހަވާ؛ ޖައްވު؛ ފަޒާ؛ ދުނިޔެ ވަށައިގެންވާ ގޭސްތައް؛ ދުނިޔޭގެ ވަށައިގެންވާ ވައިގެ ފަށަލަ (އެޓްމޮސްފިއަރ)؛ ކުޑަކޮށް ޖެހޭ ވައި؛ ކަމަކާދޭތެރޭ ދައްކާގޮތް؛ މީހުންގެ ސަމާލުކަން ލިބޭ ގޮތަށް ކުރާ ކަން؛ ބޮޑާގޮތަކަށް އުޅުން.
air
އެއަރ (ކ) ވައިގައި ޖެއްސުން؛ ވައި ދަތުރުކުރާ ގޮތަށް އެއްޗެއް ބެހެއްޓުން؛ ހާމަކޮށް (ޚިޔާލު) ފާޅުކުރުނ air bed ވައިޖަހާ ގޮދަޑި؛ air break ވައިން ޖައްސާ ބުރަކި؛ އ air conditioned ވައިގެ ހޫނުމިނާއި ތެތްކަން ކޮންޓްރޯލް ކޮށްފައިވާ؛ air conditioner ވައިގެ ހޫނުމިނާއި ތެތްކަން ކޮންޓްރޯލް ކުރާ މެޝިނު؛ air force މަތިންދާ ބޯޓު ބޭނުންކޮށްގެން ހަމަލައާއި ދިފާއު ކުރާ ލަޝްކަރީ ގޮފި؛ air freight ވައިގެ މަގުން ތަކެތި މުދާ ފޮނުވާ ގެންދިއުން؛ air hostess މަތިންދާ ބޯޓެއްގައި ދަތުރުގެ ކަންތައްތަކުގައި އެހީތެރިވާ އަންހެނެއް؛ air letter ސިޓީއުރައެއްގެ ގޮތަށް ފަތްޖެހޭ ގޮތަށް ހަދާފައި ހުންނަ ސިޓީފޮނުވަން ގެންގުޅޭ އަގުހެޔޮ ގަނޑެއް؛ air pocket ޖައްވުގައި ވައި މަދުވެފައިވާ ތަނެއް، މިފަދަ ތަނަކަށް ވަދެވިއްޖެނަމަ މަތިންދާބޯޓު ވެއްޓޭގޮތް ވެއެވެ؛ air raid މަތިންދާ ބޯޓު ބޭނުންކޮށްގެން ދޭ ހަމަލައެއް؛ by air މަތިންދާ ބޯޓު މެދުވެރިކޮށް؛ in the air މިހާރުގެ؛ ޔަޤީންކަން ކުޑަ؛ މާހައުލަށް ފެތުރިފައިވާ؛ on air ރޭޑިއޯ ނުވަތަ ޓީވީ ފޮނުވާއިރު ވަގުތުން ފޮނުވެމުންދާ.
airborne
އެއަރބޯރން (ނއ) ވައިގެ ޒަރީޢާއިން ގެންދެވޭ؛ ވައިގެ ތެރޭގައި ދަތުރު ކުރެވެމުންދާ.
airbrush
އެއަރބްރަޝް (ނ) ކުރެހުމުގައި ކުލަ ބުރުއްސުމަށް ބޭނުންކުރާ އާލަތެއް. މިއީ ގަލަމެއްގެ ގޮތަށް ފިއްތާފައި ހުންނަ ވައިން ކުލަ ބުރުއްސޭ ގޮތަށް ހަދާފައި ހުންނަ އެއްޗެކެވެ.
aircrew
އެއަރކްރޫ (ނ) މަތިންދާ ބޯޓުފަހަރުގެ ފަޅުވެރިން.
airer
އެއަރަރ (ނ) މ. (ހެދުމުގައި) ވައި ޖެއްސުމަށް ހުންނަ ހަރު.
airfield
އެއަރފީލްޑް (ނ) ހަމަހަމަ ބިމެއް. މިއީ މަތިންދާ ބޯޓު ޖެއްސޭގޮތަށް އަދި ރައްކާތެރިކަމާއެކު ބޯޓު ބޭއްވޭ ހަރުގެއާއެކު ހުންނަ ބިމެކެވެ.
airflow
އެއަރފްލޯ (ނ) ވައިގެ ދަތުރު ކުރުން. އެއްތަނުން އަނެއްތަނަށް ވައި ނަޤުލުވުން.
airgun
އެއަރގަން (ނ) ފިއްތާފައި ހުންނަ ވައިން ޖަހާ ބަޑި.
airless
އެއަރލަސް (ނއ) ވައިމަދު؛ ވައި އެއްގޮތަކަށްވެސް ނުޖެހޭ؛ ވައި ދައުރު ނުވުމުގެ ސަބަބުން މާހައުލު (މިސާލަކަށް ކޮޓަރިއެއްގެ) މާހައުލު ނުބައިވެފައިވުން.
airlift
އެއަރލިފްޓް (ނ) ބައިވަރު މުދާ ނުވަތަ މީހުން ކުއްލި ޙާލަތަކާއި ގުޅިގެން ވައިގެ މަގުން ނަޤުލު ކުރުން.
airline
އެއަރލައިން (ނ) ކުރިން ރޭވިފައިވާ ތާވަލަކަށް ވައިގެ ދަތުރުފަތުރު ކޮށްދޭ ފަރާތް.
airliner
އެއަރލައިނަރ (ނ) ފަސިންޖަރުން އުފުލާ ބޮޑު މަތިންދާ ބޯޓެއް.
airlock
އެއަރލޮކް (ނ) ވައި ހުންނަ ތަނަކަށް ވަނުމަށް ވައި ބަންދުކުރެވޭ ދެ ދޮރުލާފައި ހުންނަ ކުޑަ ކޮޓަރިއެއްފަދަ ތަނެއް؛ ވައި ބޮތްކެއްގެ ސަބަބުން ހޮޅިއަކުން ނުވަތަ ޕަންޕަކުން ދިޔައެއް ދަތުރު ނުކުރުން.
airmail
އެއަރމެއިލް (ނ) ވައިގެ މަގުން ސިޓީ، ޕާރުސަލް ފަދަ ތަކެތި ފޮނުވުން. ޖައްވު ޕޯސްޓް.
airport
އެއަރޕޯޓް (ނ) ފަސިންޖަރުންނާއި މުދާ އަރުވާ ބޭލޭ ގޮތަށް ހުންނަ އެއަރފީލްޑް ނުވަތަ ވައިބަދަރު.
airship
އެއަރޝިޕް (ނ) ވަޔަށްވުރެ ލުއި އުޅަނދު.
airspace
އެއަރސްޕޭސް (ނ) ޤައުމެއްގެ މަތީގައި، އެ ޤައުމުން ކޮންޓްރޯލް ކުރެވޭ ޖައްވު.
airstrip
އެއަރސްޓްރިޕް (ނ) މަތިންދާ ބޯޓު ޖެއްސޭގޮތަށް އަދި ފުރޭގޮތަށް ތައްޔާރު ކޮށްލާފައިވާ ދަނޑެއް.
airtight
އެއަރޓައިޓް (ނއ) ވައި ނުނިކުމެވޭ އަދި ނުވަދެވޭ.
airworthy
އެއަރވާރތީ (ނއ) އުދުހުމަށް އެކަށީގެންވާ (ވައި އުޅަނދު)؛ ވައިގައި ދަތުރު ކުރުމަށް ޞާލިޙު. airworthiness (ނ)
airy
އެއަރީ (ނއ) ވައި ރަނގަޅަށް ވަދެ ނިކުމެވާ؛ ވައިހާ ލުއި؛ އަޅާލުން ކުޑަ؛ މަޖަލަކަށް. airily (ކއ) airiness (ނ) .airy fairy ޚިޔާލީ؛ ޙަޤީޤަތަކަށް ގެންނަން އުނދަގޫ.
aisle
އައިލް (ނ) ގޮޑިބަރިތަކެއްގެ ދެމެދުގައި ހިގޭގޮތަށް ހުންނަ މަގު؛ މަމައްރު.
ajar
އެޖާރ (ނއ، ކއ) ކުޑަކޮށް ހުޅުވިފައި (މ. ދޮރުފަތް)
akimbo
އަކިމްބޯ (ނ) ދެ އަތްތިލައިން އުނަގަނޑުގައި ހިފަހައްޓައި ދެ އުޅަބޮށި ބޭރަށް ދިއްކޮށްގެން.
akin
އެކިން (ނއ) ވައްތަރު؛ ގާތް.
Words starting with Al…
alabaster
އެލަބާސްޓަރ (ނ) ޖިޕްސަމް ކިޔާ ބާވަތުގެ މަށީގެ ވައްތަރެއް. މިއީ ތަކެތި ކަށިން ލިއެގެން ހެދުމަށް ބޭނުން ކުރާ ޢާއްމުކޮށް ހުދުކުލައިގައި ހުންނަ އެއްޗެކެވެ؛ މަރުމަރު.
a la carte
އާ ލާ ކާޓް (ނއ) ލިބެން ހުރި ތަކެތީގެ ލިސްޓެއް ބަލައިގެން ބޭނުން ކާނާ ތައްޓަކަށް އޯޑަރު ކުރެވޭ (ރެސްޓޯރަންޓް).
alacrity
އެލެކްރިޓީ (ނ) ޤަބޫލުކަމާ އަވަސްކަމާއެކު.
alarm
އެލާރމް (ނ) އިންޒާރުގެ އަޑެއް؛ މިއަޑު އުފައްދާ އެތި؛ ސޯނާގަޑި؛ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު. (ކ) ބިރުގަތުން؛ ބިރު ގެންނެވުން. alarm clock ސޯނާގަޑި
alarmist
އެލާރމިސްޓް (ނ) ކަންބޮޑުކޮށް ބިރުގަންނުވާ މީހެއް.
alas
އެލާސް (އނ) ހިތާމައިން ލައްވާ އަޑެއް.
albatross
އެލްބެޓްރޮސް (ނ) ކަނޑުގައި އުޅޭ ވަރަށް ބޮޑު މާދޫންޏެއް؛ ގަތުރަސް.
albino
އެލްބައިނޯ (ނ) ހަމާއި އިސްތަށިގަނޑާއި ލޮލުގެ ކުލަ އުނިވެފައިވާ މީހެއް. ހުދުބަލި ޖެހިފައިވާ މީހެއް. މިލަފުޒު މިބަލި ޖެހިފައިވާ ޖަނަވާރަށް ވެސް ބޭނުން ކުރެއެވެ.
album
އެލްބަމް (ނ) އިސްޓޭމްޕް، ފޮޓޯ، މީހުންގެ ސޮއި ފަދަ ތަކެތި ހިއްޕުމަށް ނުވަތަ ލިއުމަށް ބޭނުން ކުރާ ފޮތެއް؛ އެއްބަޔަކު ކިޔާފައިވާ ލަވަތަކެއް ހިމެނޭ ސީޑީއެއް، ލަވަޖަހާ ހޮޅިގަޑެއް ނުވަތަ ޓޭޕެއް.
albumen
އެލްބިއުމަން (ނ) ބިހެއްގެ ލޮދިގަނޑު.
alchemy
އެލްކެމީ (ނ) ކުރީ ޒަމާނުގެ ކެމިސްޓްރީގެ ޢިލްމު. މި ޢިލްމުގެ މައިގަނޑު މަޤްޞަދަކީ އާދައިގެ މައުދަންތައް ރަނަށް ބަދަލު ކުރެވޭނޭ ގޮތެއް ހޯދުމެވެ؛ alchemist. މިކަމުގެ ޢިލްމުވެރިއެއް.
alcohol
އެލްކޮހޯލް (ނ) ކުލައެއް ނެތް ފަސޭހައިން އަލިފާން ހިފާ ދިޔައެއް. ބިއަރު، ވިސްކީ ފަދަ އެއްޗެތީގައި މަސްތުވުމުގެ ބާރު ހުންނަނީ މިދިޔައިގެ ސަބަބުންނެވެ. ބަނގުރާ؛ މިދިޔަ ހިމެނޭ ކޮންމެ އެއްޗެއް؛ މި ދިޔައިގެ ޠަބީޢީ ސިފަ ހުންނަ އެހެން ކީމިޔާގެ ބާވަތެއް. އަލްކުހޫލް. alcoholic އެލްކޮހޯލް ހިމެނޭ؛ ބަނގުރާގެ ސަބަބުން؛ ރަލަށް ދެވިހިފައިފާވާ މީހާ. alcoholism ރާ ބުޔުމުގެ ސަބަބުން ހަށިގަނޑަށް ޖެހޭ ބައްޔެއް.
alcove
އެލްކޯވް (ނ) ހަމަ ފާރެއްގައި އެތެރެއަށް ޖައްސާރާނާފައި ހުންނަ ތަންކޮޅެއް؛ ކޮޓަރިއެއްގެ ތެރެއިން ވަދެވޭ ކުޑަކޮޓަރިއެއް.
alder
އޯލްޑަރ (ނ) ޗަސްބިމުގައި ހެދޭ ގަހެއް.
alderman
އޯލްޑަރމޭން (ނ) ސަހަރެއްގެ މޭޔަރެއްގެ ދަށުން މަސައްކަތްކުރާ އެންމެ އިސް އޮފިޝަލް؛ އޮސްޓްރޭލިއާ އާއި އެމެރިކާގެ ބައެއް ސަހަރުތަކުގައި އިންތިޚާބު ކުރާ މީހެއް.
ale
އޭލް (ނ) ބިއަރު؛ ބަނގުރާ ހިމެނޭ ދިޔައެއް.
alert
އެލާރޓް (ނއ) ހުޝިޔާރު، ސަމާލުވެގެން ހުރުން؛ ނުރައްކަލުގެ އިންޒާރެއް؛ ތައްޔާރަށް ހުރުމަށް އެންގޭ އެންގުމެއް؛ (ކ) ސަމާލުކަމަށް ގެނައުން؛ ތައްޔާރުވުމަށް އެންގުން. alertness (ނ)
A Level
އޭ ލެވެލް (ނ) މަތީ ސާނަވީ ތަޢުލީމު ނިމުމުން އިނގިރޭސިވިލާތުގައިދޭ އިމްތިހާނެއް.
algae
އެލްގީ (ނ) ފަތާއި އޮފި ނުހުންނަ ފެނުގައި ހެދޭ ގެއްސެއް.
algebra
އެލްޖިބްރާ (ނ) ހިސާބުގެ ގޮތްޕެއް. މީގައި ބޭނުންކުރަނީ ޢަދަދުގެ ބަދަލުގައި އަލިފުބާގެ އަކުރެވެ. algebraic (ނއ)، algebraically (ކއ).
algorithm
އެލްގަރިދަމް (ނ) ކޮންމެވެސް މައްސަލައެއް (މ. ހިސާބު ނަންބަރެއް) ޙައްލު ކުރުމަށް ބޭނުންކުރާނޭ ފިޔަވަޅުތައް. ކޮމްޕިއުޓަރު ބޭނުން ކޮށްގެން މައްސަލައެއްގެ ޙައްލު ނެރުމަށް ބޭނުންކުރާނޭ ފިޔަވަޅުތައް.
alias
އޭލިއަސް (ނ) މީހެއްގެ އަޞްލު ނަމުގެ ބަދަލުގައި ބޭނުންކުރާ ނަމެއް.
alibi
އެލަބައި (ނ) ކުށެއް ކުރިއިރު ތުހުމަތު ކުރެވޭ މީހާ ކުށްކުރި ތަންނޫން އެހެންތަނެއްގައި ވާކަމަށް ދެއްކޭ ދަލީލު.
alien
އޭލިއަން (ނ) ބިދޭސީން؛ ޤައުމެއްގައި ވަޒަންވެރިވެފައިނުވާ މީހުން؛ ފުރެއްދެ. އެހެން ޢާލަމަކުން އައިސްފައިވާ މަޚުލޫގެއް؛ (ކއ) ފަރިތަނޫން؛ ނުގުޅޭ؛ ބީރައްޓެހި؛ ޣަރީބު.
alienate
އޭލިއަނޭޓް (ކ) ބީރައްޓެހިކުރުވުން؛ ބީރައްޓެހިވުން؛ ރަޙްމަތްތެރިކަން ނެތޭގޮތް ހެދުން؛ ނައްފަރަ ކުރުން؛ ޢަދާވަތްތެރިކަން އުފެއްދުން. alienation (ނ).
alight
އެލައިޓް (ކ) އުޅަދެއް ނުވަތަ އަހަކުން ފޭބުން؛ ތިރިވެ ހަމަޖެހިލުން.
alight
އެލައިޓް (ނއ) އަލިފާން ހިފާފައި؛ ދިއްލާފައި.
align
އެލައިން (ކ) އެއް ސަފަކަށް (ރޮނގަކަށް) ގެނައުން؛ އެހީވާ ބައެއްގެ ގޮތުގައި (އެކުވެރިއެއްގެ ގޮތުގައި) ބައިވެރިވުން. alignment (ނ)
alike
އެލައިކް (ނއ، ކއ) އެހެން އެއްޗަކާއި އެއްގޮތް؛ އެއާއި އެއްގޮތަށް.
alimentary canal
އެލިމެންޓަރީ ކެނެލް (ނ) އަނގައިން ފެށިގެން ފޫކޮޅާއި ދެމެދު ކާތަކެތި ދަތުރުކުރާ ހޮޅި.
alimony
އެލިމޮނީ (ނ) ވަރިވުމަށްފަހު ކުރީގެ އަނބިމީހާއަށް ކުރީގެ ފިރިމީހާ ދޭންޖެހޭ ޚަރަދު.
alive
އެލައިވް (ނއ) ފުރާނަހުރި؛ ދިރުންހުރި؛ މުރާލި؛ އަވަހަށް؛ ދިރުން ހުރި؛ ތަކެތިން ފުރިފައި
alkali
އަލްކަލައި (ނ) އަޅި، އުވަ ފަދަ ފެނަށް އެޅުމުން ހުތް ތަކެތީގެ ހުތްކަން ކަނޑުވާ ތަކެތި؛ ޤިލްވިއްޔު؛ އަޅިދިޔަ. alkaline (ނއ).
all
އޯލް (ނއ) ހުރިހާ؛ (ނ) ހުރިހާ އެއްޗެއް ނުވަތަ ހުރިހާ ކަމެއް؛ all clear ބިރުވެރިކަން ނިމުމުގެ ސިގްނަލް ނުވަތަ އިޝާރާތް ނުވަތަ އަލާމާތް؛ all in ހުރިހާ އެއްޗެއް ހިމެނޭގޮތަށް؛ all out ހުރިހާ ބާރެއް ބޭނުންކޮށްގެން؛ all right ރަނގަޅު، ފުދޭވަރު، ހިތްހަމަޖެހޭ، ރަނގަޅު ޙާލަތެއްގައި؛ އާއެކޭ؛ އެއްބަސްވަމޭ؛ all round ޖުމްލަކޮށް، ވަކިކަމަކަށްނޫން؛ all rounder ޚާއްޞަކޮށް ކުޅިވަރުގައި ހުރިހާ ކަމަކަށް ރަނގަޅުމީހާ؛ all there ވަރަށް ބޮޑަށް ސަމާލުވެގެން؛ all the same އެހެން ވިއަސްވެސް؛ all time އަދި އެ ރިކޯޑެއް ނުވަތަ ޙާލަތެއް މުގުރާނުލެވޭ؛ be all eyes (ears) ސަމާލުކަމާއެކު ބެލުން (ނުވަތަ އަޑުއެހުން)؛ all speed ވަރަށް ބާރަށް ނުވަތަ އަވަހަށް.
Allah
އައްލާހް (ނ) މާތް ﷲ.
allay
އެލޭ (ކ) މަޑުކުރުން ނުވަތަ މަޑުކުރުވުން (މ. ރުޅި، ބިރު).
allegation
އެލިގޭޝަން (ނ) ދަލީލެއްނެތި ބުނާ އެއްޗެއް ނުވަތަ ނެރޭ ބަޔާނެއް.
allege
އެލެޖް (ކ) ދަލީލެއް ހެއްކެއްނެތި އިލްޒާމެއް އެޅުވުން؛ ކަށަވަރު ކޮށް ނުދެވޭ ކަމެއް އިޢުލާނު ކުރުން. allegedly އެލިޖިޑްލީ (ކއ).
allegiance
އެލީޖަންސް (ނ) ކަމެއް، ވެރިކަމެއް، ސަރުކާރަކަށް ދެވޭ ވާގި.
allegory
އެލިގޮރީ (ނ) އަޑީގައި ފުން މާނައެއް އެކުލެވޭ ވާހަކައެއް ނުވަތަ ބަޔާނެއް. ޤިއްޞަތު؛ މަޖާޒު. allegorical (ނއ)
allegro
އެލެގްރޯ (ކއ) އަވަހަށް އަދި ޙަރަކާތްތެރިކަމާއެކު (މިޔުޒިކްގައި).
alleluia
އެލެލުއިއާ (އނ، ނ) ކަލާނގެ އަށް ޙަމްދު ހުއްޓެވެ.
allergy
އެލާރޖީ (ނ) ކާނާގެ ސަބަބުން ނުވަތަ އެހެންވެސް ގޮތަކަށް އިސްތިޢުމާލު ކުރެވޭ އެއްޗަކުން ހަށިގަނޑަށް ނުގުޅޭ އަސަރެއް ކުރުން. allergenic, allergic (ނއ).
alleviate
އެލީވިއޭޓް (ކ) ކަމެއްގެ އަސަރު މަޑު ކުރުން ނުވަތަ ދަށް ކުރުން (މ. ތަދު). alleviation (ނ).
alley
އެލީ (ނ) ހަނި ގޯޅި؛ ދެފަރާތުގައި ގަސްއިންދާފައި ހުންނަ ހަނި މަގު؛ ބައެއް ކުޅިވަރުތައް ކުޅެއް ފާހަގަ ކުރެވިފައިވާ ހަނި ތަނެއް؛ ޒުގާގު.
alliance
އެލަޔަންސް (ނ) ދެބައިމީހުންގެ މަންފާއަށް ޤައުމުތަކަކުން ނުވަތަ ޢާއިލާތަކަކުން އުފައްދާފައިވާ ގުޅުމެއް ނުވަތަ އިއްތިޙާދެއް.
allied
އެލައިޑް (ނއ) އެއް ބާވަތެއްގެ ނުވަތަ އެއް ވައްތަރެއްގެ.
alligator
އެލިގޭޓަރ (ނ) ކޯރުތަކުގައި އުޅޭ ކިނބުލުގެ ބާވަތެއް؛ ގާތޫރު.
alliteration
އެލިޓަރޭޝަން (ނ) އެއް އަޑެއް ނުވަތަ އަކުރެއް އެތަށް ލަފުޒެއް ފެށޭއިރު ގެނައުން. (މ. ގެއްލުނު ގުރާ). alliterative (ނއ)
allocate
އެލޮކޭޓް (ކ) އެއްޗެއް ބަޔަކަށް ނުވަތަ ކަމަށް ޚާއްޞަކޮށް ބެހުން، ވަކިކަމަށް ޙާއްޞަކުރުން، ބެހުން؛ allocation allocation (ނ).
allot
އެލޮޓް (ކ) ރަސްމީގޮތުން އެއްޗެއް ބެހުން؛ ކުރަން ހުރި މަސައްކަތް ނުވަތަ ލިބިފައިވާ ތަކެތި ބެހުން.
allotment
އެލޮޓްމަންޓް (ނ) ބެހުމުން ލިބޭބައި؛ ދަނޑުގޮވާން ކުރަން ދޫކުރެވޭ ސަރުކާރުގެ ބިން.
allow
އެލޯ (ކ) ހުއްދަ ކުރުން؛ ސަމަހަ؛ އަންދާޒާ ކުރާއިރު ބޮޑުވާނެކަމަށް ނުވަތަ ކުޑަވާނެކަމަށް ބަލާ މިންވަރު؛ ކަމަކީ ޙަޤީޤަތެއްކަމަށް ނުވަތަ ޤަބޫލުކުރާކަމަށް އެއްބަސްވުން.
allowable
އެލަވަބްލް (ނއ) ހުއްދަކުރެވިދާނެ. allowably (ކއ).
allowance
އެލަވަންސް (ނ) ހުއްދަދެވޭ މިންވަރު؛ އިޖާޒާ.
alloy
އެލޮއި (ނ) އެއް މަޢުދަނަށް ވުރެ ގިނަ މަޢުދަނެއް އެއްކޮށް އުފައްދާ މަޢުދަން؛ މަޢުދަނެއްގެ ބަދަލުގައި ކޮންމެވެސް އެހެން އެއްޗެއްވެސް މަޢުދަނުގެ ތެރެއަށް އެއްކޮށްފާނެއެވެ. (ކ) މަޢުދަނަކަށް، ރަނގަޅު އެހެން ކަމަކަށް، އުފަލަކަށް އެހެން އެއްޗެއް އެއްކުރުން. ލަފުޒު ބޭނުންކުރުމުގައި މި އެއްކުރުމުން އަޞްލުގެ އަގު ވެއްޓޭކަމަށް ބެލެވެއެވެ.
allspice
އޯލްސްޕައިސް (ނ) ހުޅަނގު އިންޑީސްގައި ހެދޭ ޕިމެންޓޯ ގަހުގެ އޮށާއި އަދި ފަތް މުގުރައިގެން ހަދާ ހަވާދެއް.
allude
އެލޫޑް (ކ) ވާހަކަ ދެއްކުމުގައި ނުވަތަ ލިއުމުގައި ކުރުކޮށް އެހެން އެއްޗަކަށް ނުވަތަ ކަމަކަށް އިޝާރާތް ކުރުން. allusion (ނ)، allusive (ނއ)،allusively (ކއ).
allure
އެލޫއަރ (ކ) ޖާދޫގައި، އަވަރުގައި ޖެއްސުން؛ ނަޒަރާއި ސަމާލުކަން ދަމައިގަތުން; މީހެއްގެ ހުންނަ ޖާދުވީ ދަމައިގަންނަކަން. allurement (ނ). alluring (ނއ).
alluvial
އެލޫވިއަލް (ނއ) ކޯރުން ލިބޭ ފަހުން ނުވަތަ ވެލިން އެކުލެވިފައިވާ.
alluvium
އެލޫވިއަމް (ނ) ކޯރުގެ އަޑީގައި ހުންނަ ވެލި.
ally
އެލައި (ނ) ގުޅިފައިވާ މަދަދުދޭ ޤައުމެއް؛ މަޝްރޫޢެއްގައި ބައިވެރިވާ އެހެން ފަރާތެއް. (ކ) ވާގިދިނުމުގައި ބައިވެރިވުން.
almanac
އެލްމަނަކް (ނ) ކޮންމެ އަހަރަކު އެއްފަހަރު ނެރޭ ފޮތެއް. މިފޮތުގެ ޚާއްޞަ ސިފައަކީ އޭގައި މުޅި އަހަރު ދުވަހުގެ އިރުއަރާ އޮއްސޭ ވަގުތާއި އިރުވަރުތަކާއި އަދި އެހެން މަޢުލޫމާތު ހިމެނޭ ކަމެވެ. ބައެއް ފަހަރު އަހަރު ތެރޭގައި ހިނގާ ކުޅިވަރު މުބާރާތްތަކުގެ ވާހަކަ ހިމެނޭ ފޮތްފޮތަށްވެސް މި ލަފުޒު ބޭނުން ކުރެއެވެ؛ ތަޤްވީމު.
almighty
އަލްމައިޓީ (ނއ) ހުރިހާ ކަމަކަށް ކުޅަދުންވަންތަ؛ ވަރަށް.
almond
އާމަންޑް (ނ) ލައުޒާ؛ މާކަނަމަދު؛ ގަހެއްގައި އަޅާ ކަނަމަދަށް ވުރެ ދެތިން ގުނަ ބޮޑު މަދެއް؛ މި ގަސް. މަދުގައި ހުންނަ ކުލަ ނުވަތަ ބައްޓަން.
almost
އޯލްމޯސްޓް (ކއ) ވަރަށް ގާތްކުރާ ވަރަކަށް.
alms
އާމްޒް (ނ) ޞަދަޤާތް.
almshouse
އާމްޒްހައުސް (ނ) ފަގީރުންނަށް ޚާއްޞަކޮށް މުސްކުޅީންނަށް ކޮންމެވެސް ބަޔަކު ޞަދަޤާތެއްގެ ގޮތުން ހަދާފައި ހުންނަ ހިޔާވަހި.
aloe
އެލޯ (ނ) ހަބަރުގަސް. ފަތްތައް ބޯކޮށް ކޮޅު ތޫނުކޮށް ހެދޭ ގަހެއް.
aloft
އެލޮފްޓް (ކއ) މަތީގައި؛ ވައިގެ ތެރޭގައި.
alone
އެލޯން (ނއ) އެހެން މީހުންނާ އެއްޗިއްސާ އެކަކު ނޫން. އެކަނި.
along
އެލޯންގ (ކއ) އެއްޗެއްގެ ދިގަށް؛ ވަކި މީހެއްގެ އިތުރަށް؛ ކުރިއަށް؛ (ޕޕ) އެއްޗެއްގެ ގާތުގައި އަދި އެއްޗަކާ ފާޓުހަމަވާ ގޮތަށް.
alongside
އެލޯންގސައިޑް (ކއ) އުޅަނދެއްގެ ނުވަތަ ފާލަމެއްގެ ދިގަށް.
aloof
އެލޫފް (ކއ) ދުރުގައި؛ ޤަޞްދުގައި ކަމެއްގައި ބައިވެރިނުވުން؛ ރައްޓެހިނޫން؛ އެހެންމީހުންނާ ގުޅުން ކުޑަ. aloofly (ކއ) aloofness (ނ).
aloud
އެލައުޑް (ކއ) އަޑު ބާރުކޮށް.
alp
އެލްޕް (ނ) ސްވިޓްޒަރލޭންޑްގެ ފަރުބަދަ މަތީގައިވާ ހުއިހައްޕާ ދަނޑުތައް؛ the Alps ސްވިޓްޒަރލޭންޑް އާއި ކައިރި ޤައުމުތަކުގެ ފަރުބަދަ މަތީ ހިސާބު .
alpenstock
އެލްޕަންސްޓޮކް (ނ) ފަރުބަދައަށް އަރާއިރު ގެންގުޅޭ ދިގު އަސައެއް.
alpha
އެލްފާ (ނ) ޔޫނާނީ އަލިފުބާގެ ފުރަތަމަ އަކުރު. ތަރިތަކެއްގެ އެންމެ އަލިގަދަ ތަރި.
alphabet
އެލްފެބެޓް (ނ) އަލިފުބާ؛ ބަހެއް ލިއުމަށް ގެންގުޅޭ ނިޝާންތައް (އަކުރުތައް)؛ ރަނގަޅު ތަރުތީބުން މިއަކުރުތައް. alphabetize އަލިފުބާގެ ތަރުތީބަށް އެތުރުން. alphabetization (ނ). alphabetical (ނއ) އަލިފުބާގެ ތަރުތީބުން؛ alphabetically (ކއ).
alphanumeric
އެލްފާނިޔުމެރިކް (ނއ) އަލިފުބާއާއި ވިޔަ ޢަދަދުތައް ހިމެނޭ.
alpine
އެލްޕައިން (ނއ) އުސް ފަރުބަދަ ތައް؛ މިތަންތަނުގައި ހެދޭ.
already
އޯލްރެޑީ (ކއ) މީގެ ކުރިން؛ މިހާ ކުރިން.
alright
އޮލްރައިޓް (ކއ) all right މީގެ ނުރަގަނޅު ގޮތް.
Alsatian
އެލްސޭޝަން (ނ) ބޮޑުވާ ކުއްތާގެ ބާވަތެއް؛ މިވައްތަރުގެ ކުއްތާ ސިފައިން ގެންގުޅެއެވެ.
also
އޯލްސޯ (ކއ) އިތުރަށް؛ މީގެ އިތުރަށް. also-ran އަސް ރޭހެއްގައި ވަނައަކަށް ނުދާ އަސް؛ ކަމެއްގައި ވަނައެއް ނުހޯދޭ ފަރާތް.
altar
އޯލްޓަރ (ނ) މަންސޫޚު ކުރައްވާފައިވާ ދީންތަކުގައި އެޗިހި ޤުރުބާން ކުރަން ހަދާފައި ހުންނަ ތަން (މ. މޭޒު؛ އިސްޓޭޖް).
alter
އޯލްޓަރ (ކ) ބަދަލުކުރުން (މ. ތަން، ހެދުން، ގަޑި، މިޒާޖު). alteration (ނ).
altercation
އޯލްޓަރކޭޝަން (ނ) އަޑުގަދަ އަރާރުމެއް. (ކ) altercate
alternate
އޯލްޓަރނޭޓް (ނއ) ފުރަތަމަ އެތި ދެން އެކަތި ދޫކޮށްފައި އޮތް އެތި، މި ތަރުތީބުން ކަންތައްތައްވުން ނުވަތަ އެތަރުތީބު ހިފެހެއްޓުން. މިސާލަކަށް އޯލްޓަނޭޓް ޑޭސް alternative days ގެ މާނައަކީ އެއް ދުވަސް ދޫކޮށްފައި، ދެން އޮތް ދުވަހު (ދެ ދުވަހުން އެއްދުވަހު). alternatively (ކއ).
alternate
އޯލްޓަނޭޓް (ކ) އެކަތި ދޫކޮށް ދެވަނަ އެތި އޮންނަ ތަރުތީބުން ކަންތައްތައް ކުރުން ނުވަތަ ވުން. alternation (ނ) alternating current (AC) ކަރަންޓު ދަތުރުކުރާ މިސްރާބު އެއްފަހަރު ކުރިއަށް ދެން އޭގެ އިދިއަތަށް ވަކި ހަމައަކުން ބަދަލުވާ ކަރަންޓް. މިބާވަތުގެ ކަރަންޓަށް އޭސީ ކަރަންޓޭ ކިޔައެވެ.
alternative
އޯލްޓަރނޭޓިވް (ނއ) އެއްޗެއްގެ ނުވަތަ ގޮތެއްގެ ބަދަލުގައި އެހެން އެއްޗެއް ނުވަތަ ގޮތެއް ކުރިމަތިވާފަދަ؛ ޚިޔާރީ؛ ދޭއް ނުވަތަ އެއަށްވުރެ ގިނަ ޚިޔާރު ތަކަކުން ވަކި ގޮތެއް ހޮވޭ. alternatively (ކއ).
alternator
އޯލްޓަރނޭޓަރ (ނ) އޭސީ ނުވަތަ ދެކޮޅަށް ދަތުރުކުރާ ކަރަންޓު އުފައްދާ މެޝިނެއް ނުވަތަ ޑައިނަމޯއެއް.
although
އޯލްދޯ (ކނ) though އާއި އެއްމާނައެއް.
altimeter
އެލްޓިމީޓަރ (ނ) މަތިންދާ ބޯޓު ފަހަރުގައި ކަނޑުގެ ޞަޠަޙައިން ބޯޓު ހުރި މަތިމިން ދައްކާ މީޓަރެއް.
altitude
އެލްޓިޓިއުޑް (ނ) 1. ކަނޑުގެ ޞަޠަޙައިން ފެށިގެން އުސްމިން. 2. އުދަރެހުން ފަށައިގެން ތަރިއަކާއި ދެމެދު ހުރި އުސްމިން ދަރަޖަ (ޑިގްރީ) ފަދަ މިނަކުން މިނައިގެން.
alto
އެލްޓޯ (ނ) ލަވަކިޔަން ގެންގުޅޭ އެންމެ ތޫލި ފިރިހެން އަޑު؛ މިފަދަ އަޑެއް ނެރެވޭ މީހެއް؛ މިފަދަ އަޑެއް ބޭނުންކުރާ ގޮތަށް ލިއެފައިވާ ތަމްސީލެއް؛ މިޔުޒިކް ކުޅޭ އެއްޗެއްގެ ބާވަތުން އޭގެ އެންމެ ތޫލި އަޑާއި ޖެހިގެންވާ އަޑު ނެރެވޭ އެތި. މިސާލަކަށް އެލްޓޯ ސެކްސަފޯނަކުން ނެރެވޭނީ ސެކެސަފޯނަކުން ނެރެވޭ އެންމެ ތޫލި އަޑަށް ވުރެ ދެން އެންމެ ދަށުގެ އަޑެވެ.
altogether
އޯލްޓްގެދަރ (ކއ) އެންމެން؛ އެއްކޮށް؛ ޖުމްލަކޮށް؛ ހުރިހާ އެއްޗެއް ހިމެނޭގޮތަށް.
altruism
އެލްޓުރޫއިޒަމް (ނ) އުޅުމާއި ޢަމަލުގައި އުޞޫލެއްގެ ގޮތުން ދަހިނޫންކަން؛ ދީލަތިކަން. altruist (ނ) ދަހިނޫންމީހާ. altruistic (ނއ) ،altruistically (ކއ).
alum
އެލަމް (ނ) ހުދުކުލައިގައި ހުންނަ ބިމުން ނަގާ ކެމިކަލެއް. މި ބޭނުން ކުރަނީ ބޭސްވެރިކަމުގައާއި ފޮތީގައި ކުލަ ޖެއްސުމަށެވެ.
aluminium
އެލޫމިނިއަމް (ނ) ރިހި ކުލައިގައި ހުންނަ ލުއި މަޢުދަނެއް. މި ބޭނުން ކޮށް އުޅެނީ ކައްކާ ތެލި، ދަޅު، ދޮރު، ދޮރުފަތް ފަދަ ތަކެތި ހެދުމަށެވެ.
aluminize
އެލޫމިނައިޒް (ކ) އެލުމިނިއަމްގެ ފަށަލައެއް ލުން.
always
އޯލްވޭޒް (ކއ) ހުރިހާ ވަގުތަކު؛ ހުރިހާ ޙާލަތަކު؛ ތަކުރާރުކޮށް؛ ދާއިމަށް؛ އަބަދަށް.
alyssum
އެލިސަމް (ނ) ހުދު ނޫނީ ރީނދޫ ކުލައިގެ ކުދި މާ އަޅާ ގަހެއް.
am
އޭމް be ގެ މާނަބަލާ.
a.m.
އޭ.އެމް (ލެޓިން ބަހުން) މެންދުރުކުރިއަށް ނިސްބަތްކުރާ ރަމްޒެއް
amalgam
އެމެލްގަމް (ނ) ދިރޭރަހަ އާއި ކޮންމެވެސް އެހެން މަޢުދަނެއް އެއްކޮށްގެން އުފައްދާ އެއްޗެއް؛ ބޭނުން ކޮންމެ ސިފައެއް ގެނެވޭގޮތަށް ހުންނަ މަޑު އެއްޗެއް؛ މަލްޣަމް.
amalgamate
އެމެލްގެމެޓް (ކ) އެއްކުރުން؛ އެކައްޗަކަށްވުން. amalgamation (ނ)
amaryllis
އެމެރިލިސް (ނ) ލިލީ ވައްތަރުގެ ފިޔާފަދަ ގޮޑިއަކުން ހެދޭ ގަހެއް.
amass
އެމާސް (ކ) އެއްކުރުން (މ. މުދާ)؛ އެޗިހިތަކެއް އެއްތަނަކަށް ގެނައުން؛ ޖަމާކުރުން.
amateur
އެމެޓަރ (ނ) ކަމެއް އަމިއްލަ ޝައުޤުވެރިކަމުން (މުނިފޫހިވިލުވުމުގެ ގޮތުން) ކުރާ މީހެއް؛ (ވަޒީފާގެ ގޮތަށް އާމްދަނީ ހޯދަން ނޫންގޮތަކަށް ކަމެއް ކުރާ މީހެއް)؛ ހާވި.
amateurish
އެމެޗޫރިޝް (ނއ) ހުނަރުވެރިނޫން؛ މާހިރެއްގެ ތަޖުރިބާއާއި ފާޑުވެރިކަން ނެތް. amateurishness (ނ)
amaze
އެމޭޒް (ކ) ވަރަށް ބޮޑަށް ހައިރާންވުން/ހައިރާން ކުރުވުން. amazement (ނ)
amazon
އެމޭޒަން (ނ) ވަރުގަދަ ދިގު ހަށިގަނޑު ރަނގަޅު އަންހެނެއް. ޔޫނާނީ ތާރީޚުގައި އަންހެން ހަނގުރާމަވެރިންގެ ނަސްލެއް.
ambassador
އެމްބެސެޑަރ (ނ) އެއް ޤައުމަކުން އެހެން ޤައުމަކަށް ޚާއްޞަކަމެއްގައި ނުވަތަ ދިގު މުއްދަތަކަށް ހުރުމަށް ފޮނުވޭ މަންދޫބެއް. ޚާއްޞަ މަންދޫބެއް. ސަފީރު. ambassadorial (ނއ).
amber
އޭމްބަރ (ނ) ތަފާތު ޒީނަތާ ބެހޭ ތަކެތި ހެދުމަށް ބޭނުންކުރާ އެތެރެ ސާފު ގަހުގެ ހަރު ކިރު؛ އަންބަރު؛ ޓްރެފިކް ބައްތީގައި ރަތް ކުލައާއި ފެހިކުލައާއި ދެމެދުގައި އިންޒާރެއްގެ ގޮތުން ހުންނަ ރީދޫ ކުލައިގެ ބައްތި. (ނއ) މި ކުލަ ނުވަތަ ޒާތް ހުންނަ.
ambergris
އެމްބަރގްރީސް (ނ) އަތަރު، ސެންޓް ވަޔަށް އަރައިގެން ދިޔަ ނުދިނުމަށް ބޭނުންކުރާ މަހުގެ އެއްޗެއް. މި ފެންނަނީ ބައެއް ވައްތަރުގެ ވޭލް (ބޮޑުމަސް) ގެ ގޮހޮރުންނާއި ހޫނު ސަރަޙައްދުތަކުގެ ކަނޑުގެ މަތީގައި އޮޔާދަނިކޮށެވެ. މާވަހަރު.
ambidextrous
އެމްބިޑެކްސްޓްރަސް (ނއ) ދެއަތުންވެސް އެއްވަރަކަށް ފަސޭހަކަމާއެކު މަސައްކަތް ކުރެވޭ.
ambience
އޭމްބިއަންސް (ނ) މާހައުލު؛ ވަށައިގެންވާ ވެށި.
ambiguous
އެމްބިގްޔޫއަސް (ނއ) އެއް މާނައަށް ވުރެ ގިނަ މާނަ އެކުލެވޭ؛ ޝައްކު ހިމެނޭ؛ ޔަޤީންކަން ކުޑަ. ambiguously (ކއ) ، ambiguity (ނ) އެމްބިގްޔޫއިޓީ. އިލްތިބާސް.
ambit
އެމްބިޓް (ނ) ކަމެއް ނުވަތަ އެއްޗެއްގެ ޙައްދު ނުވަތަ ދާއިރާ.
ambition
އެމްބިޝަން (ނ) ވަކި ކަމެއް ޙާޞިލް ކުރުމަށް ބޮޑަށްވެވޭ އެދުން. މިއެދުމުގެ މަޤްޞަދު؛ ތުމޫޙު.
ambitious
އެމްބިޝަސް (ނއ) ވަރަށް ބޮޑަށް މަތީ ފެންވަރުގެ ކަމެއް ޙާޞިލް ކުރުމަށް ބޭނުންވާ ނުވަތަ އެދުންވެރިވާ.
ambivalent
އޭމްބިވެލަންޓް (ނއ) ވަކި ކަމަކަށް ނުވަތަ ޙާލަތަކަށް ތަފާތު އިޙްސާސްތައް ކުރެވޭ؛ ކަމަކާ ދޭތެރޭ ވަކި ގޮތެއް ނުނިންމާ؛ ބައެއް ފަހަރު ކަމަކަށް އެއްބަސް ނުވަތަ ރުހެވޭ އަދި ބައެއް ފަހަރު ނުރުހެވޭ ambivalently (ކއ) ،ambivalence (ނ).
amble
އެމްބްލް (ކ) ލަސް ލުއި ގޮތަކަށް ހިނގުން.
ambrosia
އެމްބްރޯޒިއާ (ނ) މީރު ކާއެއްޗެއް.
ambulance
އެމްބިއުލަންސް (ނ) ބަލި ނުވަތަ ހާނީއްކަ ވެފައިވާ މީހުން އުފުލާގޮތަށް ހަދާފައިވާ އުޅަނދު.
ambush
އެމްބުޝް (ނ) ހަނގުރާމަވެރިން ފިލާ ބޭތިއްބުން؛ މިކަމުގެ މަޤްޞަދަކީ ޢަދާވާތްތެރިޔާ އަށް ކުއްލި ޙައިރާން ކުރުވަނިވި ޙަމަލައެއް ދިނުމެވެ. މިފަދަ ޙަމަލައެއް. (ކ) ފިލާތިބެފައި ހަމަލަދިނުން؛ މީހަކަށް ނުވަތަ އެއްޗަކަށް ފިލާތިބެގެން މަޑުކުރުން.
ameliorate
އެމީލިއަރޭޓް (ކ) ކަމެއް ކުރިއަށް ވުރެ ރަނގަޅުވުން ނުވަތަ ރަނގަޅު ކުރުވުން amelioration (ނ).
amen
އޭމީން (އނ) މި ދުޢާ ޤަބޫލު ކުރައްވާދޭވެ؛ އެހެންވެ މިކަން ވިޔަދޭށެވެ. އާމީން. ކަމަކާ ވަރަށް ބޮޑަށް އެއްބަސް ވުމަށް ބުނާ އެއްޗެއް.
amenable
އެމީނަބްލް (ނއ) ޤާނޫނު އޭގެ މައްޗަށް ހިނގާ؛ ކަމަކުން ނުވަތަ މީހެއްގެ ފަރާތުން އިރުޝާދު ލިބެން އެދޭ.
amend
އެމެންޑް (ކ) ކުށެއް ރަނގަޅުކުރުން؛ އެއްޗަކަށް (މ. ހެދުމަކަށް) އިޞްލާޙީ ބަދަލެއް ގެނައުން. amendment (ނ)
amenity
އެމެނިޓީ (ނ) ތަނެއްގެ ނުވަތަ ޙާލަތެއްގެ ހިތްގައިމުކަން. އެ ސިފައިގެ ސަބަބުން އެތަނަކީ ހިތްގައިމު ތަނަކަށް ވާ ތަނެއްގެ ޚާއްޞަ ސިފައެއް.
Americanism
އެމެރިކަނިޒަމް (ނ) އެމެރިކާގައި ބޭނުންކޮށް އުޅޭ (އެހެން ޤައުމުތަކުގައި އާއްމުކޮށް ބޭނުންނުކުރާ) ޚާއްޞަ ލަފުޒު ނުވަތަ ކަލިމަ؛ އެމެރިކާގެ ޠަބީޢީ ސިފަތަކަށް ނިސްބަތްވާ
Americanize
އެމެރިކަނައިޒް (ކ) ސިފަ ނުވަތަ އުޅުން އެމެރިކާގެ ބާވަތަށް ބަދަލުކުރުން.
amethyst
އެމިތިސްޓް (ނ) ޖަވާހިރެއް. ނީލަމް. މިއީ ދަބު ނުވަތަ ވައިލެޓް ކުލައިގެ ހަރު ހިލައެކެވެ.
amiable
އޭމިއަބްލް (ނއ) ރައްޓެހިކަން އިޙްސާސް ކުރާ ނުވަތަ ފަސޭހައިން އެކުވެރިކަން އުފައްދާ. ފަސޭހައިން ރުޅި ނާންނަ. amiably (ކއ)، amiability (ނ).
amicable
އެމިކަބްލް (ނއ) މެހެރުބާން؛ ރަޙްމަތްތެރި. amicably (ކއ) ،amicability (ނ).
amid, amidst
އެމިޑް، އެމިޑްސްޓް (ޕޕ)ކަމެއް ހިނގަމުންދާއިރު އެކަމުގެ މެދުގައި؛ .
amidship
އެމިޑްޝިޕް (ކއ) ކަނޑުގައި ދުއްވާ އުނޅަދެއްގެ މެދުގައި.
amino acid
އެމީނޯ އެސިޑް (ނ) ޕްރޮޓީންގައި އެކުލެވޭ ހުތެއް.
amir
އަމީރު (ނ) މުސްލިމް ޤައުމުތަކުގެ ލަޤަބެއް. Amirate އެމީރޭޓް އަމީރެއްގެ ބާރުދަށުގައިވާ ރަސްކަން.
amiss
ނ އެމިސް (ނއ) ނުބައި؛ ތަރުތީބަށް ނުފެތޭ. (ކއ) ނުބައިކޮށް؛ ނުރަނގަޅަށް.
ammeter
އެމީޓަރ (ނ) ކަރަންޓްގެ ބާރުމިން މިނާ މީޓަރެއް. ކަރަންޓް މިނަނީ އެމްޕެއަރު ކިޔާ ޖިންސަކުންނެވެ.
ammo
އެމޯ (ނ) ކުރުކޮށް ނުވަތަ ނުރަސްމީ ބަހުރުވައިން ގޮވާތަކެތި.
ammonia
އެމޯނިއާ (ނ) ވަސްގަދަ ކުލައެއް ނެތް ގޭހެއް. މި ގޭސް ފެނަށް ގިރުވީމާ އުފެދޭ ދިޔަ.
ammonite
އެމޯނައިޓް (ނ) މާ ކުރީ ޒަމާނެއްގައި އުޅުނު، މިހާރު ގަލަށް ވެފައި ހުއްޓާ ފެންނަ ވަށްކޮށް އެނބުރިފައި ހުންނަ ސުއިއްޕެއް.
ammunition
އެމިޔުނިޝަން (ނ) 1. ފޮނުވާ ތަކެތި (މ. އުންޑަ، ގްރެނޭޑް، ގޮވާ އުންޑަ) އަދި މި ފޮނުވުމަށް ބޭނުންކުރާ ބަޑިބޭސް. 2. ޒުވާބެއްގައި ނުވަތަ ހުށަހެޅުމެއްގައި ވަކި އެއްޗެއް ނުވަތަ ކަމެއް ސުބޫތުކުރަން ދައްކާ ހެކި.
amnesia
އެމްނީސިއާ (ނ) ހަނދާންނެތުން؛ މިބަލި.
amnesty
އެމްނެސްޓީ (ނ) ކުށްވެރިންނަށް (ޚާއްޞަކޮށް، ސަރުކާރާއި ދެކޮޅު ކުށްވެރިންނަށް) ޢާއްމު މަޢާފެއް ދިނުން؛ ޢަފޫ ޢާއްމު.
amniocentesis
އެމްނިއޯސެންޓީސިސް (ނ) ބަނޑުގައި އޮންނަ ކުޑަ ކުއްޖާގެ ވަށައިގެންވާ ދުލިން ހޮއިއެޅި ކައްޓަކުން ދިޔަ ނެގުން.
amoeba
އެމީބާ (ނ) ސިފަ ބަދަލު ކުރާ މައިކްރޮސްކޯޕުން ނޫނީ ނުފެންނަ އެއްމެ ސެލަކުން އެކުލެވޭ ދިރޭ އެއްޗެއް.
amok
އެމޮކް (ކއ) ރުޅިއައިސް މޮޔަވެގެން މީހުން މަރަމުން.
among, amongst
އެމަންގ، އެމަންގްސްޓް (ޕޕ) 1. ބައެއްގެ ތެރެއިން ހިމެނުން؛ ވަށައިގެން؛ ޢަދަދުގެ ތެރެއިން. 2. ޙައްދުގެ ތެރެއިން؛ ދެމެދުން
amoral
އޭމޮރަލް (ނ) އަޚުލާޤީ ހަމަތަކަށް ނުބަލައި؛ ރަނގަޅު އަދި ނުރަގަނޅު އަޚުލާޤަށް ނިސްބަތް ނުކޮށް.
amorous
އެމޯރަސް (ނއ) އިޝްޤީ. amorously (ކއ)،amorousness (ނ).
amorphous
އެމޯފަސް (ނ) ވަކި ސިފައެއް ނުވަތަ ބައްޓަމަކަށް ނުފެތޭ.
amount
އެމައުންޓް (ނ) އެއްޗެއްގެ މުޅި ޖުމްލަ މިންވަރު؛ ވަކި މިންވަރެއް. (ކ) ޖުމްލަ ކުރުން؛ އެހެން އެއްޗަކާ އެއްވަރު.
amp
އޭމްޕް (ނ) ނުރަސްމީ ބަހުރުވައިން އެމްޕެއަރ ނުވަތަ އެމްޕްލިފަޔަރ.
ampere
އެމްޕިއަރ (ނ) ކަރަންޓް މިނުމަށް ބޭނުންކުރާ ވަޒަން ނުވަތަ ޖިންސް.
ampersand
އެމްޕަރސޭންޑް (ނ) މި ނިޝާން & މިއީ ކުރުކޮށް އެންޑް (އަދި) މިލަފުޒު ލިޔާ ގޮތެކެވެ.
amphetamine
އެމްފެޓަމީން (ނ) ޑޮކްޓަރީ ބޭހެއް. މިބޭސް ބޭނުންކުރަނީ ކެއްސުމަށް ފަރުވާއަކަށެވެ. ބައެއްފަހަރު ވަރުބަލިކަން އިޙްސާސްވާން ފެށުމުންވެސް މިބޭސް ބޭނުން ކުރެއެވެ.
amphibian
އެމްފީބިއަން (ނ) 1. ފެނާއި އެއްގަމުގައި އުޅޭ ހައިވާނު (މ. ބޮށް) 2. އެއްގަމާއި ކަނޑަށް ޖެއްސޭ މަތިންދާ ބޯޓު ފަދަ އުޅަނދު؛ ކަނޑާއި އެއްގަމުގެ ލަޝްކަރަށް ނިސްބަތްވާ .
amphitheatre
އެމްފިތިއޭޓަރ (ނ) ވަށް ނުވަތަ ކުކުޅުބިސް ބުރަށް އޮންނަ ތަމްސީލު ފަދަ ކަންކަން ބަލާ ތަނެއް. މިތަނުގައި ކުޅި ބެލުމަށް އެތަށް އުސްމިނެއްގެ އިށީދެވޭ އިންތިޒާމެއް ހަމަޖައްސާފައި ހުރެއެވެ.
amphora
އެމްފޯރާ (ނ) ދެއަތްގަޑުލީ ފުލަށް ހިމަ ޔޫނާނީން ގެންގުޅުނު ކޫދެއް.
ample
އެމްޕްލް (ނއ) ގިނަ؛ ވާފިރު؛ ބޮޑު؛ ބޭނުންވާ ވަރަށް ފުރިހަމައަށް ފުދޭ. amply (ކއ).
amplifier
އެމްޕްލިފަޔަރ (ނ) އަޑުގެ ބާރުމިން ގަދަކުރާ ނުވަތަ ރޭޑިއޯ ސިގްނަލްތައް ގަދަކުރާ އާލަތެއް.
amplify
އެމްޕްލިފައި (ކ) އެއްޗެއްގެ ގަދަމިން ނުވަތަ ބޮޑުމިން އިތުރުކުރުން؛ ފުރިހަމަ ކުރުން؛ ތަފްޞީލްތައް ހިމެނުން. amplification (ނ)
amplitude
އެމްޕްލިޓިއުޑް (ނ) ފުޅާމިން؛ ބޮޑުމިން؛ ގިނަކަން؛ ކަރަންޓް ރާޅެއްގެ އެވަރޭޖް ބާރުމިނުން އެންމެ ބޮޑުވާ ވަރު.
ampoule
އެމްޕޫލް (ނ) މަތިޖަހާފައިވާ ކުޑަ ފުޅިއެއް ފަދަ އެއްޗެއް. މިބޭނުން ކުރަނީ ބޮޑަށް އިންޖެކްޝަން ގެ ގޮތުގައި ޖަހާ ދިޔަ އެޅުމަށް.
amputate
އެމްޕިއުޓޭޓް (ކ) އޮޕަރޭޝަންއެއްގެ ގޮތުގައި ބުރިކޮށްލުން (މ. ފައި). amputation (ނ). amputee އެމްޕިޔުޓީ: އަތްފައިން ބައެއް ބުރިކޮށްލާފައިވާ މީހާ.
amuck
އެމަކް (ކއ) amok އެމޮކް ބަލާ.
amulet
އެމްޔޫލިޓް (ނ)ސުންޕާ ނުވަތަ ނުބައިކަމަކުން ސަލާމަތްވުމަށް ގައިގައިއަޅާ އެއްޗެއް (މ. ބަޑި، ތަވީދު)
amuse
އެމިޔުޒް (ކ) ހިނިތުން ކުރުވުން ނުވަތަ ހެއްވުން؛ މަޖާކޮށް ވަގުތު ފާއިތު ކުރުވުން. amusement (ނ)
Words starting with An…
an
އެން (ނއ) އަކުރެއް؛ މި ބޭނުން ކުރަނީ ޔޫ އަޑު ފިޔަވައި އެހެން ވަވަލް އަޑުތަކުގެ ކުރިން އެކަހެރިކަން އެންގުމަށެވެ.
anachronism
އެނެކްރޮނިޒަމް (ނ) ވަކި ކަމެއް ރަނގަޅު ތާރީޚަށް ފެއްތުމުގައި ކުށެއް ޖެހުން؛ މިގޮތަށް ނުބައި އިރަކަށް ނިސްބަތްކުރެވޭ ކަން، އާދަކާދަ، މީހެއް ނުވަތަ ޚިޔާލެއް؛ ބޯދާ، ޒަމާނަށް ނުފެދޭ ޤަދީމީ އާދަކާދަ، ޚިޔާލު، ނުވަތަ މީހެއް. anachronistic (ނއ)
anaconda
އެނެކޮންޑާ (ނ) ދެކުނު އެމެރިކާގައި އުޅޭ ވަރަށް ބޮޑު ހަރުފައެއް.
anaemia
އެނީމިއާ (ނ) ލެއިން ރަތް ސެލްމަދުވުން ނުވަތަ އެއިން ހޭމޮގްލޮބިން ދަށްވުން؛ މިބަލި.
anaemic
އެނީމިކް (ނއ) އެނީމިއާ ޖެހިފައިވުން؛ ދޮންފޫޑުވެ، ގައިގައި ބާރުނެތި މާޔޫސްވެފައި ހުރުން. anaemically (ކއ).
anaesthesia
އެނެސްތީޒިއާ (ނ) އެއްވެސް އިޙްސާސެއް ނެތުން، ޚާއްޞަކޮށް އެނިސްތެޓިކެއް ބޭނުން ކުރުމުގެ ސަބަބުން.
anaesthetic
އެނެސްތެޓިކް (ނ) އިޙްސާސްތައް ކަޑުވާ އަދި ތަދުވުމުގެ އިޙްސާސްތައް ކަޑުވާ އެއްޗެއް.
anaesthetist
އެނެސްތެޓިސްޓް (ނ) އެނެސްތެޓިކް މީހަކަށް ދިނުމަށް ތަމްރީނު ކުރެވިފައިވާ މީހެއް.
anaesthetize
އެނެސްތެޓައިޒް (ކ) މީހަކަށް ނުވަތަ އެއްޗަކަށް އެނީސްތެޓިކެއް ދިނުން. anaesthetization (ނ).
anagram
އެނެގްރާމް (ނ) އެހެން ލަފުޒެއް ނުވަތަ ކަލިމައެއްގެ އަކުރުތައް އެހެން ގޮތަކަށް އަތުރައިގެން އުފައްދާ ލަފުޒު ނުވަތަ ކަލިމަ. (މ. މާރު، ރުމާ؛ trap ،part).
anal
އޭނަލް (ނއ) anus އޭނަސް ގެ ނަން އިތުުރު.
analgesia
އެނެލްޖީޒިއާ (ނ) ހަމަހޭގައި ހުރެގެން ތަދު އިޙްސާސް ނުވުން.
analgesic
އެނެލްޖީޒިކް (ނއ) ތަދު ކަނޑުވާ؛ (ނ) މި ޙާލަތު ގެނުވާ ބޭހެއް.
analogous
އެނެލަގަސް (ނއ) ބައެއް ސިފަތަކުގައި އެއްގޮތް. analogously (ކއ)
analogue
އެނެލޮގް (ނ) އެހެން އެއްޗަކާއި އެއްގޮތް އެއްޗެއް. އެނެލޮގް ކޮމްޕިއުޓަރަކީ އެކި ޢަދަދުތައް ވޯލްޓޭޖް ނުވަތަ ކަރަންޓް އެކި މިންވަރުގައި ބަހައްޓައިގެން ހިސާބު ހަދާ މެޝިނެވެ.
analogy
އެނެލަޖީ (ނ) އަޅާ ކިޔާ ދެއެއްޗެއްގައިވާ ބައެއް އެއްގޮތްކަން؛ ޤިޔާސް، މަޝާބާ.
analyse
އެނެލައިޒް (ކ) އެއްޗެއް އޭގައި ހިމެނޭ ބައިތަކަށް ރޫޅާލުން؛ މިކަން ކުރަނީ އޭގައި އެކުލެވޭ އެއްޗެއް ނުވަތަ ބައިތައް ބެލުމަށާއި އޭގެ ޒާތް ދަސްކުރުމަށެވެ؛ ތަޙުލީލު ކުރުން. މީހެއްގެ މިޒާޖާއި ޠަބީޢަތް ނަފްސާނީގޮތުން ތަޙުލީލު ކުރުން (ސައިކޯއެނެލައިޒް ކުރުން). Analytic (ނއ)، analytical (ނއ)،analytically (ކއ).
analysis
އެނެލިސީޒް (ނ) އެއްޗެއް އޭގެ ބައިތަކަށް ރޫޅާލުމަށް ފަހު އެކަމުގެ ނަތީޖާ ދައްކާދޭ ބަޔާން؛ މިގޮތަށް ބަހާލުމުގެ މަސައްކަަތް؛ ތަޙްލީލް.
analyst
އެނެލިސްޓް (ނ) އެއްޗެއް (ޚާއްޞަކޮށް ކެމިކަލެއް) އޭގެ ބައިތަކަށް ރޫޅާލުމުގެ ތަމްރީނު ނުވަތަ ހުނަރު ލިބިފައިވާ މީހެއް؛ މުޙައްލިލެއް؛ ސައިކޯއެނެލިސްޓެއް.
anarchist
އެނާރކިސްޓް (ނ) ސަރުކާރާއި ޤާނޫނަކީ ބޭނުންތެރި އެއްޗެއް ނޫންކަމާއި އެކަންކަން ނެތުމަކީ ރަނގަޅު ކަމެއްކަމަށް ޤަބޫލު ކުރާމީހެއް. anarchism (ނ) ،anarchistic (ނއ).
anarchy
އެނާރކީ (ނ) ސަރުކާރެއް ނުވަތަ ސަރުކާރުގެ ބާރެއް ނެތުމުގެ ސަބަބުން ޤާނޫނެއް ނުހިގާ؛ އެއްވެސް ހަމަޖެހުމެއް ނެތް؛ އެއްވެސް ނިޒާމެއް އުޞޫލެއް ނެތުން. anarchic (ނއ) ،anarchical (ނއ).
anastigmatic
އެނެސްޓިގްމެޓިކް (ނއ) (astigmatism) އެސްޓިގްމެޓިޒަމް މިނަން ކިޔާ ލޮލުގެ ބަލި ނުޖެހޭ.
anathema
އެނެތެމާ (ނ) 1. މަންސޫޚުވެފައިވާ ނަޞޯރާދީނުގެ ފައްޅީގެ ވެރިން، ކަމެއް ނުވަތަ މީހެއް އެއީ ނުބައި އެއްޗެއް ކަމަށް ރަސްމީގޮތުން ކަނޑައަޅާ ގުޅުންތައް ކަޑާ އެކަމަކަށް ނުވަތަ މީހަކަށް ލަޢުނަތަށް އެދޭ އެދުން. 2. ރުޅިއަރާ މީހެއް ނުވަތަ ކަމެއް.
anatomy
އެނޭޓަމީ (ނ) 1. ހަށިގަނޑުގެ އޮނިގަނޑާއި ބެހޭ ޢިލްމް. 2. ގަސް ގަހާ ގެހީގެ ނޫނީ ހައިވާނުގެ އޮނިގަނޑާއި ބެހޭ ޢިލްމް. anatomical (ނއ) ،anatomically (ކއ).
ancestor
އޭންސެސްޓަރ (ނ) މީހެއްގެ ނަސްލު؛ ޢާއްމު ގޮތެއްގައި މީހެއްގެ ކާފައިން ކުރީގެ ތިމާގެ މީހުން؛ ސަލަފު؛ ފަހުން ތަރައްޤީ ކުރެވޭ ކުރީ ޒަމާނެއްގެ ޢާލަތެއް ނުވަތަ މެޝިނެއް. ancestral (ނއ).
ancestry
އޭންސެސްޓްރީ (ނ) ނަސްލުގެ ސިލްސިލާ.
anchor
އެންކަރ (ނ)
މައްޗަށް ފޮނުވާ ހަމެއް ނުވަތަ ކަނޑުގެ އުޅަނދެއް ވަކި ތަނެއްގައި ބޭއްވުމަށް ތިރިއަށް ފޮނުވާ މަޢުދަނުން ހަދާފައިވާ އެއްޗެއް. ނަގިލި. ރައްކާތެރިކަމާއި ސާބިތުކަން ދޭ ކޮންމެ އެއްޗެއް. (ކ) ނަގިލި ތިރިކުރުން؛ އެއްޗެއް ރައްކާތެރިކުރުން؛ ރަނގަޅަށް އެއްސުން؛ އެންކަރ މޭން: ކުޅިވަރެއްގައި މުހިއްމު ދައުރެއް އަދާ ކުރާ މީހެއް، މިސާލަކަށް ރިލޭ ރޭހެއްގައި އެންމެ ފަހުން ދުވާ މީހާ، ވައު ދެމުމުގައި ފުލުގައި ހުންނަ މީހާ؛ ޓީވީ ރޭޑިއޯ ޕްރޮގްރާމެއް ހުށަހަޅާދޭ މީހާ.
anchorage
އެންކަރިޖް (ނ)
ކަނޑުގެ އުޅަނދުފަހަރު ސަލާމަތްތެރިކަމާއެކު ނަގިލި ލެވޭ ތަނެއް. މިކަމަށް ނަގާ ފީ.
anchovy
އެންޗޮވީ (ނ) ކަނޑުގައި އުޅޭ ރަހަ ރަނގަޅު ހައެއްކަ އިންޗިއަށް ވުރެ ބޮޑުނުވާ މަހެއް.
ancient
އޭންޝަންޓް (ނ) މާޒީވެ ގޮސްފައިވާ ޒަމާނަށް ނިސްބަތްވާ؛ ޤަދީމީ؛ އެޒަމާނަށް ނިސްބަތްވާ މީހެއް. ancient history (އޭންސަންޓް ހިސްޓްރީ) ހުޅަނގުގެ ރޯމަން އެމްޕަޔަރ ނިމުމުގެ ކުރީގެ ތާރީޚް :674 CE ގެ ކުރީގެ ތާރީޚު.
ancillary
އޭންސިލެރީ (ނއ) ކަމެއްގައި އެހީތެރިވާ (މަސައްކަތް ނުވަަތަ މުވައްޒަފުން ނުވަތަ މީހުން)؛ މަލްހަޤު.
and
އެންޑް (ކނ) އަދި؛ އެއްޗަކާއެކު؛ ތަކުރާރު ވަމުން އިތުރު ވެގެންދާ ގޮތަށް؛ އެއްޗަކަށް އެކުވެގެން.
andante
އަންޑާންޓި (ކއ) މެދުމިނުގެ ލަސްކަމަކާއެކު (މ. މިޔުޒިކްގައި). (ނ) މިގޮތަށް ކުޅޭ މިޔުޒިކްގެ ބައެއް.
andiron
އެންޑްއަޔަން (ނ) ހޫނުކުރަން ގޭއްގޭގައި އަލިފާން ރޯކުރާ ދަރު، އުނދުނުގައި ބަހައްޓަން ބޭނުން ކުރާ ހަރެއް.
android
އެންޑްރޮއިޑް (ނ) ސައިންސްގެ ޚިޔާލީ ވާހަކަތަކުގައި އިންސާނެއްގެ ސިފައިގައި ހުންނަ ރޯބޮޓް.
anecdote
އެނިކްޑޯޓް (ނ)
މަޖާ ނުވަތަ ޝައުޤުވެރިކަން ހުންނަ ބާވަތުގެ ކުރު ޙަޤީޤީ މީހުންގެ ވާހަކަ ނުވަތަ ހިގި ކަމެއް؛ ހިކާޔަތު
anemometer
އެނިމޯމިޓަރ (ނ) ވައިގެ ބާރުމިން މިނުމަށް ގެންގުޅޭ މީޓަރު.
anemone
އެނެމަނީ (ނ) ހުދު، ރަތް، ނުވަތަ ދަނބު މާ އަޅާ ގަހެއް. ޝުއްޤާރު.
aneroid barometer
އެނެރޮއިޑް ބޭރޯމީޓަރ (ނ) ޖައްވުގައިވާ ވައިގެ ފިއްތުން ބެލުމަށް ބޭނުންކުރާ މީޓަރެއް؛ މިފަދަ މީޓަރުގެ ޚާއްޞަ ސިފައަކީ ފިއްތުން އިޙްސާސް ކުރުވުމަށް ވައިހުސްކޮށްފައިވާ ފޮށްޓެއް ބޭނުން ކުރާކަމެވެ.
aneurysm
އެންޔޫރިޒަމް، އެނިޔުރިޒަމް (ނ) ހިތުން ލޭފޮނުވާ ނާރެއް ދާއިމީކޮށް ޢާއްމުކޮށް ނުހުންނަވަރަށް ފަލަވުން.
anew
އެނިޔު (ކއ) އަލުން؛ އައު ނުވަތަ ތަފާތު ގޮތަކަށް؛ މުޖައްދަދު.
angel
އޭންޖަލް (ނ) 1. މަލާއިކަތު 2. ވަރަށް ހެޔޮ ރީތި މީހެއް. angelic (ނއ) ، angelically (ކއ).
angelica
އޭންޖެލިކާ (ނ) ބޭސްވެރިކަމާއި ކެއްކުމުގައި ބޭނުންކުރާ މީރުވަސް ދުވާގަހެއް؛ އޭގެ ހަކުރުލީ ކުރިތައް.
anger
އޭންގަރ (ނ) ހިތްހަމަ ނުޖެހުމުގެ ސަބަބުން މީހަކަށް ހާނީއްކައެއް ކުރަން ނުވަތަ ނޭދެވޭ ގޮތަކަށް އުޅެން ހިތްޖައްސާ ޝުޢޫރު؛ ރުޅި
angina pectoris
އެންޖައިނާ ޕެކްޓަރިސް (ނ) ހިތަށް ބަލިޖެހިފައިވާ މީހަކު، ބޮޑަށް މަސައްކަތް ކުރުމުން މެޔަށް އަރާ ވަރުގަދަ ތަދު.
angle
އޭންގްލް (ނ) 1. ދެ ރޮނގު ނުވަތަ ޞަޠަހަ ބައްދަލުވާ އިރު އެ ދެމެދުގައި ހުންނަ ޖާގަ؛ ޒާވިޔާ. 2. ކަމަކާ ދޭތެރޭ ދެކޭ ގޮތެއް. (ކ) އެއްޗެއް ކޮންމެވެސް އެހެން އެއްޗަކާއި ކަތިކޮށް ބެހެއްޓުން؛ ކަތިކޮށް ދައުރު ކުރުން؛ ކަމެއް (މ. ޚަބަރު) ވަކި ނަޒަރަކުން ދިނުން.
angle
އެންގްލް (ކ) ބުޅި އާއި ކަންވާރު ބޭނުން ކޮށްގެން މަސްހިފުން؛ ނުސީދާ ގޮތަކުން އެއްޗެއް (މ. ދަޢުވަތެއް) ހޯދުން.
Anglican
އެންގްލިކަން (ނ) މަންސޫޚުވެފައިވާ ނަޞާރާ ދީނުގެ ގިނަ މަޒުހަބުތަކުގެ ތެރެއިން މަޒުހަބެއް. މި މަޒުހަބަކީ އިނގިރޭސި ވިލާތައް ނިސްބަތް ކުރެވޭ މަޒުހަބެކެވެ.
anglicize
އެންގްލިސައިޒް (ކ) ސިފަ ނުވަތަ މިޒާޖު އިނގިރޭސި ވައްތަރަށް ހެދުން.
anglophile
އެންގްލޯފައިލް (ނ) އިނގިރޭސި ބަހަށް ނުވަތަ އިނގިރޭސި ތަކެއްޗަށް ލޯބިކުރާ މީހާ.
Anglo-Saxon
އެންގްލޯ-ސެކްސަން (ނ) ނޯރމަނުންގެ ފަތަޙަގެ ކުރީގެ އިނގިރޭސީންގެ ޒަމާން؛ އެ ދުވަސްވަރުގެ ބަހުރުވަ؛ އިނގިރޭސިންގެ ނަސަބުން އައި މީހެއް.
angora
އެންގޯރާ (ނ) އެންގޯރާ މުސަޅު ނުވަތަ ބަކަރީގެ ކެހެރިން ހަދާފައިވާ ފޭރާން ފޮތި؛ ކެހެރި ދިގު މުސަޅު، ބުޅާ، ބަކަރި ފަދަ ޖަނަވާރު
angostura
އެންގޮސްޓޫރާ (ނ) ބަނގުރަލެއްގައި ރަހަ ލައްވަން ބޭނުންކުރާ ސައުތު އެމެރިކާގެ ގަހެއްގެ ހިތި ތޮށި.
angry
އެންގްރީ (ނއ) ރުޅިއައިސްފައިވާ؛ ދުޅަވެފައިވާ. angrily (ކއ)
angstrom
އެންގްސްޓްރޮމް (ނ) ދިގުމިން ބަލާ ވަޒަނެއް. މީޓަރެއްގެ ދިހަހާސް މިލިއަން ބައިކުޅަ އެއްބައި
anguish
އެންގްވިޝް (ނ) ޖިސްމުގެ ނުވަތަ ސިނކުޑިއަށް ކުރާ ބޮޑު ފުން ހިތާމަ ނުވަތަ ތަދު. (ނއ)
angular
އޭންގިއުލަރ (ނއ) ތޫނު ކަން ހިމެނޭ؛ އޮމާންކަން ނެތް؛ އޭންގަލުން މިނާ؛ ޒާވީ.
aniline
އެނިލީން (ނ) ޕްލާސްޓިކާއި ކުލަ ހެދުމަށް ބޭނުން ކުރާ ނައިޓްރޯބެންޒީނުން އުފައްދާ ތެޔޮ ދިޔައެއް.
animadversion
އެނިމްއެޑްވާރޝަން (ނ) ޢަދާވަތްތެރި ގޮތަކަށް މީހެއްގެ ކުށްތައް ނުވަތަ އެއްޗެއްގެ ކުށް ދައްކާ ދެއްކުން.
animadvert
އެނިމްއެޑްވާރޓް (ކ) ޢަދާވާތްތެރި ގޮތަކަށް ކަމެއްގެ ނުވަތަ މީހެއްގެ ކުށް ދެއްކުން.
animal
އެނިމަލް (ނ) ހިއްސު ހިމެނޭ އަމިއްލައަށް އެއްތަނުން އަނެއްތަނަށް ޙަރަކާތް ވެވޭ ދިރުން ހުރި ތަކެތި؛ އިންސާނުން ފިޔަވައި އެފަދަ އެހެން ތަކެތި؛ ހައިވާނު؛ ހަތަރު މޮށްގަނޑު ހުންނަ ޖަނަވާރު (ދޫނި، ފަނި ފަދަ ތަކެއްޗާއި ޚިލާފަށް)؛ އެމީހަކާއި އެކީ އުޅެން ދަތި ހިތްހަމަނުޖެހޭ ޠަބީޢަތްވާ މީހާ. (ނއ) ޙައިވާނީ؛ ޖަނަވާރަކަށް ނިސްބަތްވާ.
animate
އެނިމޭޓް (ނއ) ދިރުން ހުރި.
animate
އެނިމޭޓް (ކ) އެއްޗަކަށް ފުރާނަ ނުވަތަ ދިރުން ދިނުން؛ ޙަރަކާތްތެރިކަން އެއްޗަކަށް ނުވަތަ ކަމަކަށް ގެނައުން؛ ކަމެއް ކުރުމަށް ތަރުޙީބު ދިނުން؛ ކާރޓޫނެއް، ކުރެހުމެއް ފަދަ އެއްޗެއް ޙަރަކާތް ކުރާގޮތް ހެދުން؛ އެނިމޭޓަރ؛ ހަރަކާތްތެރިކަން ގެންނަ މީހާ.
animation
އެނިމޭޝަން (ނ) ޙަރަކާތްތެރިކަން ނުވަތަ ދިރުން ހުރިކަން.
animism
އެނިމިޒަމް (ނ) ވަޔާއި ވިލާއާއި ކަނޑާއި ގަސްފަދަ އެއްޗިއްސަކީ އޭގައި ރޫހު ނުވަތަ ފުރާނަ ހުރި ތަކެތި ކަމަށް ޤަބޫލުކުރާ ކުރުން؛ މި އިޢުތިޤާދު.
animosity
އެނިމޯސިޓީ (ނ) ޢަދާވަތްތެރިކަމުގެ ޝުޢޫރު.
animus
އެނިމަސް (ނ) ވާހަކަ ދެއްކުމުގައި ނުވަތަ ޙަރަކާތްތެރިކަމުގައި ހާމަކުރާ ޢަދާވަތްތެރިކަން.
anion
އެންއަޔޯން (ނ) ނެގެޓިވް ޗާޖެއް ހުންނަަ އަޔޯން ނުވަަތަ އައިއޮން.
aniseed
އެނިސީޑް (ނ) ތަކެތީގައި ރަހަ ލެއްވުމަށް ބޭނުން ކުރާ މީރުވަސް ދުވާ އެނީސް ގަހުގެ އޮށް.
ankle
އެންކްލް (ނ) ފައިގެ ކަށިގަނޑާއި ފައިތިލަ ގުޅޭ ހުޅު؛ ތަނބިކަށި؛ ކާހިލް.
anklet
އެންކްލެޓް (ނ) ޒީނަތަކަށް ތަބިކަށީގައި އަޅާ ފަށް. ތަކަހޮޅި
annals
އެނަލްޒް (ނ) އެކި އަހަރު ހިނގާފައިވާ ހާދިސާތަކުގެ ތާރީޚް؛ ތާރީޚީ ރެކޯޑްތައް.
annex
އެނެކްސް (ކ) ބޮޑު އެއްޗަކާއި ގުޅުވުން. ބިމެއް އަމިއްލަ ކޮށްލުން (މ. އެހެން ޤައުމެއްގެ). annexation (ނ).
annex
އެނެކްސް (ކ) ބޮޑު ޢިމާރާތަކާއި ގުޅިގެން ހުރި ކުޑަ ޢިމާރާތެއް ނުވަތަ ބިނާއެއް؛ ބޮޑު ޢިމާރާތަކަށް ވުރެ އިސްކަން ކުޑަ އެއާއި ގުޅިގެން ހުރި އެހެން ބިނާއެއް.
annihilate
އެނިހިލޭޓް (ކ) މުޅިން ހަލާކުކޮށްލުން؛ ފަނާކޮށްލުން. annihilation (ނ) ، annihilator (ނ).
anniversary
އެނިވަރސަރީ (ނ) ކަމެއްވީ ތާރީޚެއް އަހަރަކު އެއްފަހަރު ފާހަގަކުރާ ފާހަގަކުރުން. މިފަދަ ދުވަސް.
Anno Domini (A.D.)
އެނޯ ޑޮމިނީ (ނ) މަންސޫޚު ވެފައިވާ ނަޞޯރާ ދީނުގެ މީހުން ޢީސާގެފާނުން ދުނިޔެއަށް ވަޑައިގެންނެވި އަހަރަށް ވުރެ ފަހު އަހަރެއް ކަމަށް ނިޞްބަތްކުރަން ތާރީޚް ލިޔާއިރު ޖަހާ ދެއަކުރެއްގެ ދިގުގޮތް. (ލެޓިން ބަހުން މި ކަލިމައިގެ މާނައަކީ އަހުރެމެންގެ ކަލާނގެ އަހަރު .މުސްލިމުން އޭ.ޑީ ގެ ބަދަލުގައި ބޭނުން ކުރަނީ ސީ.އީ އެވެ).
annotate
އެނޮޓޭޓް (ކ) ދޭހަކުރުމަށް ފަސޭހައަކަށް ނޯޓު ނުވަތަ ބަޔާނެއް ހިމެނުން. annotation (ނ).
announce
އެނައުންސް (ކ) ބަޔަކަށް ނުވަތަ ރަޢިއްޔުތުންނަށް އިޢުލާނު ކުރުން. އައިކަން ނުވަތަ ހާޒިރުވެއްޖެކަން އެންގުން. announcement (ނ) ، announce(ނ).
annoy
އެނޯއި (ކ) ރުޅިއެރުވުން؛ އުނދަގޫކުރުން؛ ޖެއްސުން ކުރުން. annoyance (ނ).
annual
އެނުއަލް (ނއ) އަހަރީ؛ އަހަރަކު އެއްފަހަރު ވުން؛ އެއް އަހަރުގެ މުއްދަތަށްވުން. (ނ)އަހަރެއްގެ ތެރޭގައި ހެދި މަރުވާ ގަސް؛ އަހަރަކު އެއްފަހަރު ޝާއިޢުކުރާ ފޮތް، މަޖައްލާ. annually (ކއ).
annuity
އެނިއުޓީ (ނ) އަހަރަކު އެއްފަހަރަކު ދެވޭ އެލަވަންސެއް. annuitant މި އެލަވަންސް ލިބޭ ފަރާތް.
annul
އެނަލް (ކ) މަންސޫޚުކުރުން؛ ކެންސަލްކުރުން؛ ކަމެއް (މ. ކައިވެނި) ބާޠިލް ކުރުން.
annular
އެންޔޫލަރ (ނއ) ވަށް ބަންދެއްގެ (ދާއިރާއެއްގެ) ބައްޓަން ލިބިގެންވާ.
annunciation
އެނަންސިއޭޝަން (ނ) އިސްލާމް ދީން އައުމުން އުވިފައިވާ ނަޞާރާދީނުގެ މީހުން ޤަބޫލު ކުރާ ގޮތުގައި، ޖިބްރީލްގެފާނު މަރިޔަމް ގެފާނަށް އެކަމަނާ ޢީސާގެފާނަށް އާލާސްވެ އިންނެވިކަން އެންގި އެންގުން. މިކަން ފާހަގަ ކުރާ މުނާސަބަތު (މާރޗް -25).
anode
އެނޯޑް (ނ) ކަރަންޓް އެއްޗަކަށް ވަންނަ ކޮޅު ނުވަތަ އިލެކްޓްރޯޑް؛ މަޞްޢަދު.
anodize
އެނޮޑައިޒް (ކ) އިލެކްޓްރޯލިސިސް ބޭނުންކޮށްގެން މަޢުދަނެއްގެ ބޭރުގައި ރައްކާތެރި ފަށަލައެއްލުން.
anodyne
އެނޮޑައިން (ނ) ތަދު ކަޑުވާ ބޭހެއް. ހިތާމަ ނުވަތަ ތަދު ކަޑުވާ ކޮންމެ އެއްޗެއް.
anoint
އެނޮއިންޓް (ކ) ތެޔޮ އުނގުޅުން، ޚާއްޞަކޮށް ބައެއް ދީންތަކުގެ ދީނީ އިޙްތިފާލްތަކުގައި ކަރާމަތް އިތުރުކުރުމަށް. ދަހަނާ ކުރުން.
anomaly
އެނޯމަލި (ނ) ޢާއްމު އުޞޫލު ނުވަތަ ގަވާއިދާ އެއްގޮތަށް ނުހިގާ ކަމެއް؛ ޢާއްމު ތަކެއްޗާ ތަފާތު އެއްޗެއް.
anon
އެނޮން (ކއ) އަވަހަށް؛ މިހާރު؛ ކުޑަ އިރުކޮޅެއްގެ ތެރޭގައި
anon.
އެނޮން (އބ) އެނޯނިމަސް anonymous ކުރުކޮށް ލިޔާގޮތް.
anonymous
އެނޯނިމަސް (ނއ) ނަން ހާމަ ނުކުރާ؛ ނަން ހާމަނުކޮށް ލިޔެފައިވާ. މަޖުހޫލު، anonymity (ނ) ޣުފޫލް، anonymously (ކއ).
anorak
އެނަރެކް (ނ) ވާރެއިން، ވައިން ނުވަތަ ފިނިން ރައްކާތެރިވުމަށް ބޯ ނިވާކުރެވޭ ގޮތަށް ހަދާފައި ހުންނަ ކޯޓު.
anorexia
އެނަރެކްސިއާ (ނ) ކާހިތް ކެޑުމުގެ ބަލި؛ ޤަހަމް. anorexic (ނއ) anorexia nervosa ކާހިތް ކެނޑުމުގެ ނަފްސާނީ ބަލި.
another
އެނަދަރ (ނއ) އިތުރު؛ އެހެން؛ އަދި އިތުރަށް އެކަތި؛ ތަފާތު؛ ބައެއް ނުވަތަ ކޮންމެވެސް އެހެން. އަޚަރަ.
answer
އޭންސަރ/އާންސަރ (ނ) ޖަވާބު؛ ރައްދު؛ އިޖާބަ. answerable އަންސަރަބަލް: ޒިންމާވާން ޖެހޭ؛ ޖަވާބު ދެވޭ ފަދަ.
ant
އެންޓް (ނ) ހަ ފައި ހުންނަ ދިރޭ ސުއިއްޕެއް. ހިނި. ނަމްލު. ant-eater ކެއުމަކަށް ހިނި ކައިއުޅޭ ޖަނަވާރެއް.
antacid
އެންޓެސިޑް (ނ) ހުތްކަން ކަނޑުވާ ނުވަތަ މަތަކުރާ ބޭހެއް؛ ހުތްމަތަ
antagonism
އެންޓެގެނިޒަމް (ނ) ޙަރަކާތްތެރި ޢަދާވަތްތެރިކަން؛ ސާބިތު ދެކޮޅުވެރިކަން.
antagonist
(ނ) ދެކޮޅުވެރިއެއް؛ ކޮންމެވެސް ކަމަކަށް ދެކޮޅުވެރި މީހެއް. antagonistic (ނއ) އެންޓެގޮނިސްޓިކް ދެކޮޅުވެރިކަމުގެ ޝުޢޫރުތައް ހާމަކުރާ ނުވަތަ އިޙްސާސްކުރާ. antagonistically (ނއ).
antagonize
އެންޓެގެނައިޒް (ކ) ދެކޮޅުވެރިކަމުގެ ޝުޢޫރުތައް އުފެއްދުން. ނާރާޖު
Antarctic
އެންޓާރކްޓިކާ (ނ) ދުނިޔޭގެ ދެކުނު ތަނޑީގެ ވަށައިގެންވާ ބިން. (ނއ) މި ސަރަޙައްދަށް ނިސްބަތްވާ.
ante
އެންޓި (ނ) ޖުވާ ކުޅޭއިރު؛ އައު ގަނޑެއް ނެގުމުގެ ކުރިން ބަހައްޓާ ފައިސާ. (ނއ) އެހެން ލަފުޒެއްގެ ކުރިއަށް މި ލަފުޒު ލާނަމަ، އޭގެ މާނައަކީ ކުރިން.
antecedent
އެންޓިސީޑިންޓް (ނ) 1. ކަމެއްގެ (މ. ހާދިސާއެއްގެ) ކުރިން ހިނގާ، ނުވަތަ ވާ ކަމެއް. 2. ޖުމްލައެއްގައި ފަހުން އަންނަ ޕްރޮނައުނެއް އިޝާރާތް ކުރާ ނަމެއް ނުވަތަ ނަމެއް ހިމެނޭ ކަލިމައެއް
antechamber
އެންޓިޗެމްބަރ (ނ) މުހިއްމު ބޮޑު ކޮޓަރިއަކަށް ވަނުމުގެ ކުރިން ބަދެވޭގޮތަށް ހުންނަ ކުޑަ ކޮޓަރިއެއް
antedate
އެންޓިޑޭޓް/އެންޓެޑޭޓް (ކ) ފަތެއްގައި އެ ފަތް ލިއުނު ތާރީޚަށް ވުރެ ކުރީގެ ތާރީޚެއް ޖެހުން.
antެediluvian
އެންޓިޑިލޫވިއަން (ނއ) ނޫޙްގެފާނުގެ ޠޫފާނުގެ ކުރިން؛ ވަރަށް ބޯދާ.
antelope
އެންޓިލޯޕް (ނ) ބާރަށް ދުވާ ފުއްލާ އާއިލާގެ އެފްރިކާގައި އުޅޭ ޖަނަވާރެއް. ޟަބްޔު.
antenatal
އެންޓިނޭޓްލް (ނއ) ވިހެއުމުގެ ކުރިން.
antenna
އެންޓެނާ (ނ) ބައެއް ހައިވާނު ތަކުގައި އިޙްސާސް ކުރުމަށް ހުންނަ ނަރުކޮޅެއްފަދަ ގުނަވަނެއް (ގިނަ ހަފައިލީ ހައިވާނުތަކުގައި މީގެ ދެ އެތި ހުރެއެވެ)؛ ޒުބާނާ. އެމެރިކާގެ ބަހުރުވައިން އޭރިއަލް.
antepenultimate
އެންޓިޕިނަލްޓިމޭޓް (ނއ) ފަހުދޭތީގެ ކުރިން އޮންނަ އެތި (މ. ލިސްޓެއްގެ).
anterior
އެންޓީރިއަރ (ނއ) ވަގުތު ނުވަތަ ޖަގަހައިގެ ނިސްބަތުން ކުރިން އަންނަ.
ante-room
އެންޓި-ރޫމް (ނ) މުހިއްމު ކޮޓަރިއަކަށް ވަނުމުގެ ކުރިން ވަދެވޭ ކޮޓަރި.
anthem
އެންތަމް (ނ) ކާފިރުންގެ އިޙްތިފާލްތަކުގައި ކިޔާ ކުރު ލަވައެއް. national anthem ޤައުމީ ސަލާމް.
anther
އެންތަރ (ނ) މަލެއްގެ ކަރުގަނޑުގައި ފިރިހެން ކަރުދާ ހިމެނޭ ކުރާތައް. މިޢުބަރު.
anthill
އެންޓްހިލް (ނ) ހިނި ޖަހާފައި ހުންނަ ފަސްފުނި.
anthology
އެންތޮލޮޖީ (ނ) އެއްކުރެވިފައިވާ އަދަބީ ޅެން ނުވަތަ ވާހަކަ. anthologize އެންތޮލޮޖީއެއްގައި ހިމެނުން. anthologist އެންތޮލޮޖީއެއް އެކުލަވާލާ މީހާ.
anthracite
އެންތްރެސައިޓް (ނ) ބޯޓުދެލީގެ ބާވަތެއް؛ މި ބާވަތް އަދަނީ ވަރަށް މަދު ދުމާ އަދި ހުޅާ އެކުއެވެ.
anthrax
އެންތްރެކްސް (ނ) ކަންބަޅިއާއި ގެރިއަށް ޖެހޭ ބައްޔެއް. މި ބަލި މީހުންނަށް ވެސް ޖެހިދާނެއެވެ.
anthropoid
އެންތްރޮޕޮއިޑް (ނއ) އިންސާނެއްގެ ވައްތަރު ޖަހާ. (ނ) މިފަދަ އެއްޗެއް.
anthropology
އެންތްރޮޕޮލޮޖީ (ނ) އިންސާނުންގެ އާދަކާދަތަކާއި އުފެދުމާއި އަޤީދާތަކާއި ތަރައްޤީ އާ ބެހޭ ޢިލްމް. antropologist (ނ) މިކަމުގެ ޢިލްމްވެރިޔާ. anthropological (ނއ) ، anthropologically (ކއ).
anthropomorphic
އެންތްރޮޕޮމޯރފިކް (ނއ) ކަލާނގެއަށް ނުވަތަ ޖަނަވާރަކަށް ނުވަތަ އެހެންވެސް އެއްޗަކަށް އިންސާނެއްގެ ސިފަ ނިސްބަތްކޮށް. anthropomorphism
anti
އެންޓި (ނ) ވަކި ސިޔާސަތަކަށް ނުވަތަ އެހެން ވެސް ޚިޔާލަކަށް އިދިކޮޅު މީހާ.
anti-
އެންޓި (ޕްރިފިކްސް) އިދިކޮޅަށް؛ ހުއްޓުވުމަށް؛ އަސަރު ކުޑަކުރުމަށް؛ އިދި؛
anti-aircraft
އެންޓި-އެއަރކްރާފްޓް (ނއ) ޢަދުއްވުންގެ މަތިންދާ ބޯޓާ އިދިކޮޅަށް.
antibiotic
އެންޓިބައިއޮޓިކް (ނ) ބެކްޓީރިއާ (ޖަރާސީމު) ގިނަވުން ހުއްޓުވާ ނުވަތަ މަރާލާ އެއްޗެއް.
antibody
އެންޓިބޮޑީ (ނ) ހަށިގަނޑުގެ ތެރެއަށް ވަންނަ ގެއްލުންދޭ ބައެއް ކެމިކަލް ނުވަތަ ޖަރާސީމާ އިދިކޮޅަށް އުފެދޭ ޕްރޮޓީން އެއް. މި ޕްރޮޓީން އެ އެއްޗެއް ފަހުން ހަލާކު ކޮށްލައެވެ.
antic
އެންޓިކް (ނ) މީހުން މުނިފޫހި ފިލުވުމަށް ގެންނަ ހެއްވާ ޙަރަކާތްތައް. ސޭކު ނުވަތަ މޮޔަ ޙަރަކާތްތައް.
anticipate
އެންޓިސިޕޭޓް (ކ) 1. ކަމެއް ވުމުގެ ކުރިން އެކަމަކަށް ފިޔަވަޅު އެޅުން؛ ރަނގަޅު ވަގުތު ޖެހުމުގެ ކުރިން ބޭނުން ކުރުން. 2. އެހެންމީހަކަށް ފުރުޞަޠު ލިބުމުގެ ކުރިން ބޭނުންކުރުން. 3. ކުރަންވީ ކަންތައް ކުރިން ވިސްނައި އެކަމާ އަޅާލަން ޖެހޭ ވަގުތުގެ ކުރިން އަޅާލުން. 4. އުއްމީދު ކުރުން.. anticipation (ނ)،anticipatory (ނއ).
anticlimax
އެންޓިކްލައިމެކްސް (ނ) ނާއުއްމީދުވާ ފަދަ ނިމުމެއް ނުވަތަ ނަތީޖާއެއް ނުވަތަ ކްލައިމެކްސް އެއް.
anticlockwise
އެންޓިކްލޮކްވައިސް (ކއ، ނއ) ވަށް ބުރަކަށް ކަނާތުން ވާތަށް އެނބުރޭ (ބުރުގެ މެދުން ބެލުމުން ފެންނައިރު).
anticyclone
އެންޓިސައިކްލޯން (ނ) މޫސުން ރަނގަޅު ސަރަޙައްދެއް. މިހެން ދިމާވަނީ މިސަރަޙައްދުގެ ވައިގެ ފިއްތުން ބޮޑުވުމުންނެވެ. ވައި ޖެހޭނީ މިސަރަޙައްދުން ދުރަށެވެ.
antidepressant
އެންޓިޑިޕްރެސަންޓް (ނ) ނަފްސާނީ ހިތްދަތިކަން ކަނޑުވާ ޑޮކްޓަރީ ބޭސް.
antidote
އެންޓިޑޯޓް (ނ) 1. ބައްޔެއް ނުވަތަ ވިހައެއްގެ ބާރުކަނޑުވާ ބޭސް، ވިހަމަތަ 2. ނޭދެވޭ ކޮންމެ ކަމެއް މައިތިރިކުރާ އެއްޗެއް.
antifreeze
އެންޓިފްރީޒް (ނ) ފެން ގަނޑުވާ ހޫނުމިން ދަށްކުރުމަށް ފެނަށް އަޅާ އެއްޗެއް. މިއެޅުމުން ފެން ގަނޑުވާނީ ވަރަށް ފިނިވީމައެވެ.
antihistamine
އެންޓިހިސްޓެމީން (ނ) ހިސްޓެމީންގެ އަސަރު ކުޑަކުރުވާ އެއްޗެއް. މި ބޭނުންކުރަނީ ބައެއް ކަހަލަ އެއްޗިހި ހަށިގަނޑާއި ނުގުޅުން އުފެދޭ އަސަރު (މ. ފިތްނެގުން) ކުޑަކުރުމަށެވެ.
antiknock
އެންޓިނޮކް (ނއ) ބައެއް އިންޖީނު ހިނގާއިރު އެއްޗެއް ގޮވާގޮތަށް އިވޭ އަޑަށް ނިސްބަތްވާ. (ނ) މިކަން ކުޑަކުރުމަށް ތެލަށް އަޅާ މާއްދާއެއް.
antimacassar
އެންޓިމެކާސަރ (ނ) ގޮނޑިގޮނޑީގެ އަތާއި ބޯޖެހޭތަން ހަޑިވެދާނެތީ އަޅާ/ލައްވާ އުރައެއް.
antimony
އެންޓިމަނީ (ނ) ރިހިކުލައިގެ މުރަނަ މަޢުދަނެއް.
antipathy
އެންޓިޕަތީ (ނ) ފުން ދުވަސްވީ ނަފުރަތެއް؛ މި ނަފުރަތު ނިސްބަތްވާ ފަރާތް.
antiperspirant
އެންޓިޕާރސްޕިރަންޓް (ނ) ދާހިތްލުން ކުޑަކުރުވަން އުގުޅާ ނުވަތަ ބުރުއްސާ ދިޔައެއް.
antiphon
އެންޓިފޮން (ނ) ލަވަކިޔާ އެއްގުރޫޕެއް ލަވައެއް ކީމާ، އެހެންގުރޫޕަކުން އިޖާބަ ދިނުމުގެ ގޮތުން ކިޔާ ލަވަ. މި ކަން ކުރަނީ ކާފިރު ދީނީ އިޙްތިފާލު ތަކުގައެވެ. antiphonal (ނއ).
antipodes
އެންޓިޕޮޑީޒް (ނ) ދުނިޔޭގެ އެއް ސަރޙައްދާއި ސީދާ އިދިކޮޅަށް އަނެއް ފަރާތުގައިވާ ސަރަޙައްދު. މިސާލަކަށް ސީދަލަށް މާލޭގެ އެތެރެއަށް ވަރަށް ދިގު ޚިޔާލީ ދަނގަޑެއް ޖެހީމާ ދުނިޔެ ފޫ އަޅުވާލާފާ ދުނިޔޭގެ އަނެއްފަރާތުން ނުކުންނާނޭ ތަން؛ ސީދާ އިދިކޮޅު ފަރާތެއް ނުވަތަ ކަމެއް antipodean (ނއ).
antiquary
antiquarian (ނއ). އެންޓިކްވެރީ (ނ) ޤަދީމީ އާސާރީ ތަކެތި (މ. ޒަމާންވީ ފަރުނީޗަރު) އެއްކުރާ މީހާ.
antiquated
އެންޓިކްވޭޓިޑް (ނއ) ދުވަސްވެ ފެޝަނުން ބޭރުވެފައިވާ؛ ޤަދީމީ؛ އާސާރީ.
antique
އެންޓީކް (ނއ) އިހު ޒަމާނުގެ ފޭޑިއަށް ފެތޭ؛ ކުރީ ޒަމާނުގެ. (ނ) އިހުޒަމާނުގެ ތަކެތި (މ. ފަރުނީޗަރު، ކަންވާރު) .(ކ) ކުރީޒަމާނުގެ ތަކެތީގެ ސިފަ ޖެއްސުން؛ ދުވަސްވީކަމަށް ދައްކާގޮތް ހެދުން.
antiquity
އެންޓިކްވިޓީ (ނ) އިހު ޒަމާން؛ ކުރީ ޒަމާނަށް، ޤަދީމީ ޒަމާނަށް ނިސްބަތްވާ ތަކެތި.
antirrhinum
އެންޓިރީނަމް (ނ) ދިގު ތަނޑިއެއްގައި އެތައް މަލެއް ފޮޅޭ ބަގީޗާގައި ހައްދާ މައު ގަހެއް.
anti-semitic
އެންޓި-ސެމިޓިކް (ނއ) ޔަހޫދީންނަށް ނަފްރަތު ކުރާ. anti-semitism (ނ).
antiseptic
ެއެންޓިސެޕްޓިކް (ނއ) ޖަރާސީމު މަރާ؛ ޖަރާސީމު ނޫޅޭވަރަށް ސާފުކުރެވިފައިވާ. (ނ) ޖަރާސީމު މަރާ ބޭހެއް ނުވަތަ ދިޔައެއް. (ކއ) antiseptically
antisocial
އެންޓިސޯޝްލް (ނއ) އިޖްތިމާޢީ ގުޅުންތަކާއި ކަންތައްތަކަށް ނަފުރަތު ކުރާ؛ އެހެންމީހުން ބޭނުން ކުރަން ހުންނަ ފަސޭހަތަކަށް ޖެއްސުން ކުރާ؛ އެހެންމީހުންނާއި ރައްޓެހި ނޫން؛ އަމިއްލައަށް އެކަނި އުޅޭހިތްވާ. antisocially (ކއ).
antistatic
އެންޓިސްޓޭޓިކް (ނއ) ސްޓޭޓިކް އިލެކްޓްރިސިޓީގެ އަސަރުތައް ނެތި ނުވަތަ މަތަ ކުރާ.
antithesis
އެންޓިތެސިސް (ނ) ކަމެއްގެ ނުވަތަ އެއްޗެއްގެ ދިމާ އިދިކޮޅު (މ. މިނިވަންކަމާއި އަޅުވެތިކަން). ޖުމްލައެއްގައި ހިމަނާ ލަފުޒުތަކާއި އެ ލަފުޒުތައް އަތުރާ ގޮތުން އިދި ޚިޔާލުތަށް އަޅާކިޔޭގޮތަށް ރޭވުން. antithetical (ނއ) ،antithetically (ކއ).
antitoxin
އެންޓިޓޮކްސިން (ނ) ވިހައެއް ނުވަތަ ޒަހަރެއްގެ އަސަރު ނައްތާލާ އެއްޗެތި؛ ވިހަމަތަ antitoxic (ނއ).
antivivisectionist
އެންޓިވިވިސެކްޝަނިސްޓް (ނ) ސައިންސްގެ ތަޙްލީލުތަކުގައި ދިރިހުރި ހައިވާނުތައް ބޭނުންކުރުމަށް އިދިކޮޅު ހަދާ މީހާ.
antler
އެންޓްލަރ (ނ) ހައިވާނުތަކުގެ ކަފިވެފައި ހުންނަ (ޚާއްޞަކޮށް ފުއްލާގެ) ދަޅު.
antonym
އެންޓެނިމް (ނ) ލަފުޒެއްގެ އިދިކޮޅު މާނަ އެކުލެވޭ ލަފުޒު؛ އިދިލަފުޒު
anus
އޭނަސް (ނ) ބޮޑުކަމުދާ ދޮރު؛ ޝަރަޖު.
anvil
އެންވިލް (ނ) ތިލޭރުކަން ކުރާމީހުން އެއްޗެއްގައި މަރުތޭލުން ތަޅާއިރު އަޑީގައި އޮންނަ ދަގަނޑުގަޑު؛ ސަންދާނު.
anxious
އޭންކްޝަސް (ނއ) 1. ހިތް ނުތަނަވަސް ވެފައިވާ. 2. ފިކުރު ބޮޑުވެފައިވާ. 3. ކަމެއް ވަރަށް ބޮޑަށް ކުރާހިތްވެފައިވާ.
anxiety
އޭންކްޒަޔަޓީ (ނ) ހިތް ނުތަނަވަސްވާ ޝުޢޫރު؛ މިފަދަ ނުތަވަސްކަމެއް ގެނެސްދޭ ކަން ނުވަތަ އެތި.
any
އެނީ (ނއ) 1. ތިނެތިން ނުވަތަ އެއަށް ވުރެ ގިނަ ތަކެތިން ކުރެ ކޮންމެވެސް އެކައްޗެއް. 2. ކޮންމެ؛ ޚިޔާރުކުރާ ކޮންމެ އެއްޗެއް. 3. ގިނަ ވަގުތެއް ވަންދެން. (ޕ) ކޮންމެވެސް މީހެއް ނުވަތަ އެއްޗެއް.
anybody
އެނީބޮޑީ (ނ، ޕ) ކޮންމެވެސް މީހެއް؛ މުހިއްމު މީހެއް. anybody’s guess އެއްވެސް މީހަކަށް އެކަމަކާ ޔަޤީން ކަމެއްނެތް އެއްޗެއް ނުވަތަ ކަމެއް.
anyhow
އެނީހައޮ (ކއ) ކޮންމެހެނެއް ވިއަސް؛ ކޮންމެ ގޮތަކުން ވިއަސް؛ އެއްވެސް ތަރުތީބަކުން ނޫން.
anymore
އެނީމޯރ (ކއ) ރަސްމީ އިނގިރޭސީގައި އެނީމޯރ ލިޔާނީ ދެ ލަފުޒެއްގެ ގޮތުގައެވެ. އެމެރިކާގައި މި ލަފުޒުގެ މާނައަކީ ”މިއަށް ވުރެ ބޮޑަކަށް ނުވަތަ ކުރިއަކަށް ނުވަތަ އިތުރަށް“
anyone
އެނީވަން (ނ، ޕ) އެނީބޮޑީ. anybody
anything
އެނީތިންގ (ނ، ޕ) ކޮންމެވެސް އެކައްޗެއް؛ ކޮންމެ އެއްޗެއް ވެސް
anyway
އެނީވޭ (ކއ) ކޮންމެ ގޮތެއްވިއަސް؛ ކޮންމެ މަގަކުން ނަމަވެސް
anywhere
އެނީވެއަރ (ނ) ކޮންމެވެސް ތަނެއް؛ ކޮންމެ ތަނެއްވެސް
aorta
އޭއޯރޓާ (ނ) ހިތުގެ ވާތްފަރާތުން ލޭ ގެންދާ ފަލަ ހޮޅި. އަބުހަރު. މިހޮޅިއަކީ ހުރިހާ ސާފު ލެޔެއް ހަށިގަނޑުގެ އެކި ތަންތަނަށް ފޮނުވާ ހޮޅިތަކުގެ ބުޑެވެ.
apace
އެޕޭސް (ކއ) އަވަހަށް؛ ހަލުއިކޮށް.
Apache
އަޕާޗި (ނ) އެމެރިކާގެ އަސްލު އަހުވެރިންގެ ތެރެއިން ހުޅަނގު ދެކުނު ފަރާތުގެ ޤަބީލާގެ ބައެއް.
apart
އެޕާރޓް (ކއ) އެއްފަރާތަކުން؛ ވަކިން؛ ދުރުގައި؛ ބައިބައިވެގެން.
apartheid
އެޕާރޓްހައިޓް (ނ) ދެކުނު އެފްރިކާގައި ގެންގުޅުނު ޔޫރަޕުގެ މީހުންނާއި އެހެނިހެން މީހުން ވަކިން ތަފާތުކޮށް ކަންތައްތައް ކުރުމުގެ ސިޔާސަތު.
apartment
އެޕާރޓްމަންޓް (ނ) ކޮޓަރިތަކެއް؛ އެމެރިކާ ބަހުރުވައިން ފްލެޓް.
apathy
އެޕަތީ (ނ) ކަމަކާ ދޭތެރޭ ޝައުޤުވެރިކަން ނުވަތަ އަޅާލުން ނެތްކަން.
ape
އޭޕް (ނ) ސިފައިގެ ގޮތުން އިންސާނުންނާ އެންމެ ގާތް ރާމާމަކުނު: ގޮރިއްލާ؛ ޗިމްޕެންޒީ، އޮރާން އުޓާން؛ ގިބަން. ޤިރްދު. (ކ) އުޅުން ކޮޕީކުރުން؛ ސިފަ ކޮޕީކުރުން.
aperient
އެޕީރިއަންޓް (ނއ) ޖުއްލާބު؛ ބަނޑު ދިޔާކުރާ. މުލައްޔިނު
aperitif
އަޕަރަޓީފް (ނ) ކެއުމުގެ ކުރިން ބޮއެ އުޅޭ ބަނގުރާ.
aperture
އެޕަރޗަރ (ނ) (ޚާއްޞަކޮށް އަލި ވައްދާ) ލޯވަޅެއް. ފުތުޙާ
apex
އޭޕެކްސް (ނ) އެއްޗެއްގެ ކުރި؛ ތޫނު ކޮށްފައިވާ ކޮޅު؛ ޤިއްމާ.
aphid
އޭފިޑް (ނ) ގަސްގަހުގައި އަޅާ އުދުހޭ މެއްސެއް. މިފެހި ކުލައިގައި ނުވަތަ ކަޅުކުލައިގައި ވެސް ތިބެއެވެ. އަރުޤަ.
aphis
އޭފިސް (ނ) އޭފިޑްއެއް.
aphorism
އެފަރިޒަމް (ނ) ކުރު ހިކްމަތްތެރި ބަހެއް ނުވަތަ ބުނުމެއް.
aphrodisiac
އެފްރޮޑިޒީއެކް (ނ) ޖިންސީ އެދުން ވެރިކަން އުފައްދާ. މިފަދަ ބޭހެއް ނުވަތަ އެއްޗެއް.
apiary
އޭޕިއަރީ (ނ) މާމުއި ކުޅަދުރު ގެންގުޅޭ ތަން. މަންހަލަ.
apiece
އެޕީސް (ކއ) ކޮންމެ މީހަކަށް ނުވަތަ އެއްޗަކަށް؛ ގުރޫޕެއްގެ ކޮންމެ މީހެއްގެ ނުވަތަ އެއްޗެއްގެ ފަރާތުން ނުވަތަ ފަރާތަށް.
aplomb
އެޕްލޮމް (ނ) ޖާހާއި ޔަޤީންކަން.
apocalypse
އެޕޮކެލިޕްސް (ނ) ބަދަލުކޮށްފައިވާ އިންޖީލުގައިވާ ދުނިޔޭގެ ނިމުމާއި ބެހޭ ބާބު.
apocalyptic
އެޕޮކެލިޕްޓިކް (ނ) ވާން ހުންނަ ބޮޑެތި ކަންތައްތައް ކުރިން ބުނެދޭ.
apocrypha
އެޕޮކްރިފާ (ނ) އިންޖީލުގައިވާ ޔަހޫދީން ޤަބޫލު ނުކުރާ ބައި.
apocryphal
އެޕޮކްރިފަލް (ނ) ޙަޤީޤަތާއި ޚިލާފު؛ ދޮގު.
apogee
އެޕަޖީ (ނ) ހަނދު ނުވަތަ އެހެންވެސް ފަލަކީ އެއްޗެއްގެ ދައުރުވުމުގައި އެ ބިމާއި އެންމެ ދުރުވާ މަޤާމް. އެންމެ އުސް ނުވަތަ ދުރު ތަން.
apologetic
އެޕޮލޮޖެޓިކް (ނ) މަޢާފަށް އެދޭ؛ ތަބްރީރީ. (ކއ(
apologist
އެޕޮލޮޖިސްޓް (ނ) ދަޢުވާއެއް ނުވަތަ ހުށަހެޅުމެއް ދިފާޢުކޮށް ނުވަތަ އެއްކޮޅަށް ސަބަބު ދައްކައިން ވާހަކަ ދައްކާ ނުވަތަ ލިޔާ މީހާ.
apologize
އެޕޮލޮޖައިޒް (ކ) މަޢާފަށް އެދުން.
apology
އެޕޮލޮޖީ (ނ) 1. މީހެއްގެ އިޙްސާސްތަކަށް ދެރަކޮށް ހިތައިގެން ނުވަތަ ނުބައިކޮށް ކަމެއް ކޮށްގެން މަޢާފަށް އެދޭ އެދުން. 2. މީހެއްގެ އިޢްތިޤާދުގެ ދިފާޢުގައި ނުވަތަ އެއްކޮޅަށް ދައްކާ ވާހަކަ. 3. އެއްޗެއްގެ ވަރަށް ދެރަ މިންވަރެއް.
apoplexy
އެޕޮޕްލެކްސީ (ނ) ސިކުނޑީގެ ނާރެއް ފަޅައިގެން ދިއުމުގެ ސަބަބުން ނުވަތަ ބަންދުވުމުގެ ސަބަބުން ކުއްލިއަކަށް އިޙްސާސް ވުމުގެ ޙިއްސު ގެއްލުން ނުވަތަ ހަރަކާތް ކުރުން ހުއްޓުން.
apoplectic
އެޕޮޕްލެކްޓިކް (ނ) އެޕޮޕްލެކްސީ ޖެހިފައިވާ؛ މުޅި މޫނު ކުއްލިއަަކަށް ރަތްވެ ރުޅި އަވަހަށް އަންނަ. (ކއ).apoplectically
apostle
އެޕޮސްލް (ނ) ރަސޫލް؛ ޙަވާރީ. ޢީސާގެފާނު ދީން އުނގަންނައިދެން ދަސްކޮށްދެއްވި ބޭކަލުން. ކޮންމެވެސް އައުކަމެއްގެ މުދައްރިސް ނުވަތަ އިސްނަގާ މީހާ.
apostolic
އެޕޮސްޓޮލިކް (ނއ) ޙަވާރީން ނުވަތަ އެމީހުން އުނގަންނައިދޭ ތަކެއްޗާ ބެހޭ.
apostrophe
އެޕޯސްޓްރޮފި (ނ) 1. ބައެއް ބަސް ނުވަތަ އަކުރު ވައްޓާލައިފައިވާކަން ރަމްޒު ކުރަން ބޭނުން ކުރާ ‘ މި ނިޝާން. ބައެއް ލަފުޒު ލިޔާއިރު އޭގެ ޕޮސެސިވް ކޭސް ނުވަތަ އަމިއްލަވާކަން ލިޔުމަށް ބޭނުން ކުރާ ނިޝާން (މ. can’t, cannot, ’25, 2025) boy’s book މި ނިޝާން އެއްޗެއް ގިނަވުމުން އެކަން ރަމްޒުކުރަންވެސް ބޭނުން ކުރެއެވެ. There are two l’s in bell. 2. ދައްކާ ވާހަކައެއް ނުވަތަ ޅެމެއްގައި ނެތްމީހަކަށް އަމާޒުކޮށް ހިމަނާ ބައި. apostrophize އެޕޯސްޓްރޮފައިޒް (ކ) މިގޮތަށް ވާހަކައެއް ނުވަތަ ޅެމެއްގައި ހިމެނުން.
apothecary
އެޕޯތެކެރީ (ނ) ޑަކްޓަރީ ބޭސް ތައްޔާރުކޮށް ވިއްކާ މީހާ.
appall
އެޕޯލް (ކ) ބިރުވެރިކަން ނުވަތަ މާޔޫސްކަމުން ހިތްފުރުން؛ ވަރަށް ބޮޑަށް ސިހުން. appalling (އެޕޯލިން) ސިހޭފަދަ؛ ހިތްހަމަނުޖެހޭ.
apparatus
އެޕެރޭޓަސް (ނ) ކަމެއް ކުރުމަށް (ޚާއްޞަކޮށް ސައިންސްގެ ތަޙުލީލުތަކާއި ތަޖުރިބާތަކަށް) ބޭނުންކުރާ އާލަތްތައް. ޖިމްނާސްޓިކް ސާމާނު. ހަށިގަނޑުގެ ވަކި ނިޒާމެއްގެ ގުނަވަންތައް.
apparel
އެޕަރަލް (ނ) ހެދުން؛ އަންނައުނު.
apparent
އެޕެރަންޓް (ނއ) ސާފުކޮށް ފެންނަ ނުވަތަ ދޭހަވާ؛ ޔަޤީންކަމެއް ނެތި ހީވާގޮތް. (ކއ).apparently
apparition
އެޕެރިޝަން (ނ) ފައިދާވާ ނުވަތަ ފެންނަ އެއްޗެއް (މ. ޖިންނިއެއް، ރޫޙެއް). މި ލަފުޒު ބޭނުންކުރަނީ އާދަޔާ ޚިލާފު ގޮތަކަށް ފެންނަ ތަކެއްޗަށެވެ.
appeal
އެޕީލް (ކ) 1. ވަރަށް ބޮޑަށް ކަމަކަށް އެދުން؛ އާދޭސް ކުރުން؛ އިލްތިމާސް ކުރުން؛ ޙާކިމެއް ފަދަ މީހެއްގެ ކައިރިއަށް ކަމަކާ މެދު ގޮތެއް ނިންމުމަށް ދިއުން ނުވަތަ އެދުން (މ. އަމްޕަޔަރެއްގެ ކައިރީގައި). މިގޮތަށް އެދެނީ ތިމާ ހުށަހަޅާ ގޮތް ކަށަވަރުކޮށް ދިނުމަށް، ޚިޔާލެއް ދިނުމަށެވެ. 2. މަތީ ފެންވަރުގެ ފަރާތަކަށް ކަމެއް ނިމިފައިވާ ގޮތް އަލުން ބަލައިދިނުމަށް އެދުން؛ އިސްތިޢުނާފަށް ހުށަހެޅުން. 3. ހިތްހަމަޖެހޭ ފަދަ.
(ނ) އިލްތިމާސް ނުވަތަ އިސްތިޢުނާފު؛ ޖާދުވީ؛ ދެމުމުގެ ބާރު؛ ހިތްގައިމުކަން؛ ޢާއްމުންގެ އެހީއަށް އެދުން.
appear
އެޕިއަރ (ކ) 1. ފެނުން. 2. ރަސްމީގޮތަކަށް ޢާއްމުންގެ ތެރައަށް ނުކުތުން. 3. ކޯޓެއްގައި ވަކާލާތު ކުރުމަށް ދިއުން. 4. ޝާޢިޢު ކުރުން. 5. ވަކި ގޮތަކަށް ހީވުން.
appearance
އެޕިއަރަންސް (ނ) 1. ކަޝްފުވާ؛ ފެންނަ. 2. އެއްޗެއް ވާކަމުގެ ބޭރުފުށުގެ ރަމްޒެއް ނުވަތަ ނިޝާނެއް؛ މ. ފައިސާވެރިކަމުގެ އެޕިއަރެންސެއް.
appease
އެޕީސް (ކ) އެދޭކަންތައްތައް ކޮށްދީގެން މަސަލަސް ކުރުން ނުވަތަ ހަމަހިމޭންކަން ގެނައުން ނުވަތަ ނުރުހުންތެރިކަން ނޫނީ ރުޅި މަޑު ކުރުން. (ނ.) appeasement
appellant
އެޕެލަންޓް (ނ) މަތީ ކޯޓަކަށް މައްސަލައެއް ހުށަހަޅާމީހާ. އިސްތިޢުނާފަށް މައްސަލަައެއް ހުށަހަޅާ ފަރާތް.
appellation
އެޕެލޭޝަން (ނ) ނަން ކިއުން؛ ނަން ނުވަތަ ލަގަބު.
append
އެޕެންޑް (ކ) ނިމޭކޮޅަށް އެއްކުރުން؛ އެއްޗެއްގެ ފަހުކޮޅަށް އިތުރުކުރުން ނުވަތަ ގުޅުވުން.
appendage
އެޕެންޑިޖް (ނ) ނިމޭކޮޅަށް އެއްކޮށްފައިވާ ނުވަތަ ހަރުކޮށްފައިވާ އެއެއްޗަށްވުރެ ދެރަ ނުވަތަ މުހިއްމުނޫން އެތި ނުވަތަ ބައި.
appendix
އެޕެންޑިކްސް (ނ) 1. ފަތެއްގެ ނުވަތަ ފޮތެއްގެ ނިމޭކޮޅުގައި ހިމަނާފައިވާ އިތުރު މަޢުލޫމާތު. 2. ގޮހޮރާ ގުޅިފައިވާ ކުރު އެއްކޮޅު ބެއްދިފައިވާ ހޮޅިއެއް. ގިނަވުމުން ކިޔާނީ އެޕެންޑިސިޒް appendices.
appendicitis
އެޕެންޑިސައިޓިސް (ނ) ޒާއިދާ ނުވަތަ އެޕެންޑިކްސް އޭ ކިޔާ ހޮޅި ދުޅަވުން.
appertain
އެޕަރޓޭން (ކ) އެއްޗަކާ ގުޅޭ ގުޅުން. މިސާލަކަށް މައްސަލައަކާ މަޢުލޫމާތެއް ގުޅުން.
appetite
އެޕިޓައިޓް (ނ) ޚާއްޞަކޮށް ކެއުމަށް ހުންނަ ޖިސްމާނީ އެދުން؛ ކަމަކަށް މިސާލަކަށް މަޤާމަކަށް ނުވަތަ ބާރުވެރިވާން ހުންނަ އެދުންވެރިކަން.
appetizer
އެޕިޓައިޒަރ (ނ) ކާން ފެށުމުގެ ކުރިން ކާހިތް ޖެއްސުމަށް ބޯ ނުވަތަ ކާ އެއްޗެއް.
appetizing
އެޕިޓައިޒިންގ (ނއ) ކާހިތް ޖައްސާ (މ. ވަސް). (ކއ). appetizingly
applaud
އެޕްލޯޑް (ކ) އަތްތިލަބަޑި ޖަހައިގެން ކަމަކަށް ރުހޭކަން ހާމަކުރުން. ކަމަކަށް ތަރުޙީބު ދިނުން (މިސާލަކަށް ނިންމި ގޮތަކަށް).
applause
އެޕްލޯސް (ނ) ހޫނު ތަރުޙީބު؛ އަތްތިލަބަޑި ޖެހުން؛ އިސްތިހްސާން ކުރުން.
apple
އެޕްލް (ނ) ހުހާ ކާން ނުވަތަ ޖޫސް ގިރަން ބޭނުންކުރާ ވަށް މޭވާއެއް. ތުއްފާހާ. އާފަލު.
appliance
އެޕްލަޔަންސް (ނ) އާލަތެއް ނުވަތަ ކަމެއް ކުރާ މަޞްނޫޢީ އެއްޗެއް
applicable
އެޕްލިކަބްލް (ނއ) ކަމަކަށް އެކަށީގެންވާ؛ ކަމަކަށް ބޭނުންކުރެވޭ. (ނ). applicability
applicant
އެޕްލިކަންޓް (ނ) ކަމަކަށް އެދޭ ފަރާތް ޚާއްޞަކޮށް ވަޒީފާއަކަށް.
application
އެޕްލިކޭޝަން (ނ) 1. އެއްޗެއް އަނެއް އެތީގައި އުނގުޅާ އުނގުޅުން، މިސާލަކަށް ބޭހެއް ކަށިމަތީގައި އުނގުޅުން؛ މިގޮތަށް އުނގުޅާ އެތި؛ 2. ކަމަކަށް ރަސްމީ ގޮތުން އެދުން؛ މިގޮތަށް އެދޭ އެދުން. 3. އެއްޗެއް ތަންފީޒުކުރުން މިސާލަކަށް ޤާނޫނެއް ގަވާއިދެއް ފަދަ އެއްޗެއް މައްސަލައެއް ހައްލުކުރުމަށް ބޭނުން ކުރުން؛ އެއްޗެއް ވަކި ކަމަކަށް ބޭނުން ކުރުން. 4. މީހަކު ކަމެއް ކުރުމަށް އުޅޭ މިންވަރު.
applicator
އެޕްލިކޭޓަރ (ނ) އެއްޗެއް އުނގުޅުމަށް ނުވަތަ ބޭނުން ކުރުމަށް ގެންގުޅޭ އާލަތެއް.
applied
އެޕްލައިޑް (ނއ) ޢަމަލީ ކަންކަމުގައި ބޭނުން ކުރާ؛ މިސާލަކަށް އެޕްލައިޑް ސައިންސަކީ އަމަލީ ކަންކަމުގައި ބޭނުންކުރާ ސައިންސް
applique
އެޕްލީކޭ (ނ) ފޮތި ގަނޑެއް ރީތިކުރުމަށް އޭގައި ފަހައިގެން ހަރުކުރާ ފޮތިކޮޅު. މިކަން ކުރުމާބެހޭ ތިނޯހުގެ މަސައްކަތް. (ކ) ފޮތިގަނޑެއް ނުވަތަ ހެދުމެއް މިގޮތަށް ޖަރީ ކުރުން.
apply
އެޕްލައި (ކ) 1. އެއްޗެއް އެހެން އެއްޗެއްގައި އުނގުޅުން ނުވަތަ ޖެއްސުން؛ އެއްޗެއްގެ މަތީގައި އަނެއް އެއްޗެއް އުނގުޅުން ނުވަތަ ލުން (މ. ބޭސް ނުވަތަ ދަވާދު)؛ 2. އެއްޗަކަށް އަމަލު ކުރުން ނުވަތަ ބޭނުން ކުރުން މިސާލަކަށް ވިޔަފާރި ސެންކްޝަން ޤައުމަކަށް އެޕްލައި ކުރުން؛ ނުވަތަ ޔަހޫދީން ސިފަކުރަން ޓެރަރިސްޓް މި ލަފުޒު އެޕްލައި ކުރުން؛ 3. އެއްޗެއް ތަންފީޒު ކުރުން ނުވަތަ ބޭނުން ކުރެވުން، މިސާލަކަށް ޤަވާޢިދުތަކެއް ބަޔަކަށް އެޕްލައި ކުރުން؛ 4. ރަސްމީ ގޮތުން ކަމަކަށް (މ. ވަޒިފާއަކަށް) އެދުން.
appoint
އެޕޮއިންޓް (ކ) ކަމެއް ކަޑައެޅުން؛ މިސާލަކަށް ޖަލްސާ ކުރާނެ ވަގުތެއް ކަނޑައެޅުން؛ ޢައްޔަނު ކުރުން (މ. ކޮމިޓީއަކަށް މީހުން، މަޤާމަކަށް މީހެއް.)
appointment
އެޕޮއިންޓްމަންޓް (ނ) ވަކި ވަގުތަކު ބައްދަލު ވުމަށް ވެވޭ އެއްބަސްވުން؛ މަޤާމަކަށް މީހަކު ހަމަޖައްސާ ހަމަޖެއްސުން
apportion
އެޕޯޝަން (ކ) އެކި ބައިބަޔަށް ބެހުން؛ ބައިބަޔަށް އެޅުން. apportionment (ނ)
apposite
އެޕޮޒިޓް (ނއ) ބުނާ އެއްޗެއް މަޤްޞަދު ނުވަތަ ހާލަތު ނުވަތަ މުނާސަބަތު އާ ގުޅުން. (ކއ) appositely (ނ) appositeness
apposition
އެޕޮޒިޝަން (ނ) 1. ޖެހިޖެހިގެން ބެހެއްޓުން. 2. ޢިބާރާތް ކުރާއިރު ލަފުޒެއްގެ މާނަ ނުވަތަ ސިފަކުރާ އެއްޗެއް އެ ލަފުޒާ ކައިރީގައި ލިޔުން. މިސާލަކަށް އަހުރެމެންގެ ރަސޫލާ، މުޙައްމަދު ޞ.ޢ.ޥ އަކީ . . .
appraise
އެޕްރެއިސް (ކ) އެއްޗެއްގެ ފެންވަރު ބެލުން ނުވަތަ އަގުކުރުން. (ނ) appraisal
appreciable
އެޕްރީޝަބްލް (ނއ) ފެންނަ ނުވަތަ އިޙްސާސް ކުރެވޭހާ ބޮޑު؛ ފާހަގަކުރެވޭ ހާ ބޮޑު. (ކއ) appreciably
appreciate
އެޕްރިޝިއޭޓް (ކ) 1. ބޮޑަށް އަގުވަޒަންކުރުން؛ ޝުކުރުވެރިވުން، ގަދަރު ކުރުން، ތަޢުރީފުކުރުން، 2. ކަމެއް ފިކުރީގޮތުން ކުރާހިތްވުން ނުވަތަ މަޖާވުން؛ މިސާލަކަށް އިހުގެ ދިވެހިރާއްޖޭގެ ތާރީޚް އެޕްރިޝިއޭޓް ކުރުން. 3. ދޭހަވުން ނުވަތަ އޮޅުން ފިލުން؛ މިސާލަކަށް މީހަކު މީހަކުދެކެ ނަފުރަތުކުރާ ސަބަބު އެޕްރިޝިއޭޓް ކުރުން. 3. އަގު މައްޗަށް އަރައިގެން ދިޔުން؛ މިސާލަކަށް ޙިއްޞާގެ އަގު. (ނ) appreciation (ނއ) appreciative
apprehend
އެޕްރިހެންޑް (ކ) 1. އަތުލައިގަތުން؛ ހައްޔަރު ކުރުން. 2. އެއްޗެއްގެ މާނަ ދޭހަވުން. 3. ކަމަކަށް ބިރުވެރިކަމާއި ނުތަނަވަސްކަމާއެކު އިންތިޒާރު ކުރުން. (ނ)
apprehension
އެޕްރިހެންޝަން (ނ) ބިރުވެރިކަމެއް ނުވަތަ ނުރައްކަލެއް ވެދާނެ ކަމަށް ކުރެވޭ ފިކުރު ނުވަތަ އިޙްސާސްތައް.
apprehensive
އެޕްރިހެންސިވް (ނއ) ނުތަނަވަސްކަން އިޙްސާސް ކުރެވޭ. (ކއ) apprehensively
apprentice
އެޕްރެންޓިސް (ނ) 1. ކަމެއް، މަސައްކަތެއް ދަންނަމީހެއްގެ އަތްދަށުން ދަސްކުރާ މީހާ. މިފަދަ މީހަކަށް ލިބޭ އުޖޫރަ މަދުވެފައި ވަކި މުއްދަތަކަށް އުޅެން ޖެހޭ ކަހަލަ އެއްބަސްވުމެއް އޮވެދާނެއެވެ. 2. ކަމަކަށް އައު މީހާ. 3. (ކ) މީހެއްގެ ކައިރިއަށް މަސައްކަތެއް ދަސްކުރަން ދިއުން. (ނ) apprenticeship
apprise
އެޕްރައިޒް (ކ) ރަސްމީ ގޮތުން އެންގުން.
appro
އެޕްރޯ (ނ) އެޕްރޫވަލް ކުރުކޮށް ކިޔާގޮތް، on appro – ހުއްދައާ އެކު؛ އިޒުނައާއެކު (ނުރަސްމީ ކަލިމައެއް)
approach
އެޕްރޯޗް (ކ) 1. ވަގުތަކާ ނުވަތަ ތަނަކާ ގާތްވުން. 2. ކަމެއް ކުރަން ފެށުން؛ މިސާލަކަށް މައްސަލައެއް ހައްލުކުރަން. 3. އެދުމަކާއިގެން ނުވަތަ ހުށަހެޅުމަކާއިގެން ދިޔުން؛ މިސާލަކަށް މީހެއްގެ ކައިރިއަށް. 4. އެހެންކަމަކާ ވައްތަރުވުން.
approach
އެޕްރޯޗް (ނ) 1. ގާތްވާ ގާތްވުން. 2. ތަނަކާއި ގާތްވާނޭ މަގު ނުވަތަ ގޮތް. 3. މަތިންދާބޯޓެއް ޖެއްސުމުގެ ކުރިން އުދުހޭ މިސްރާބު. 4. ކަމެއް ކުރާނޭ ގޮތް. 5. އަންދާޒާއެއް. .6 ޞުލްޙަ ޤާއިމް ކުރުމަށް ކުރެވޭ މަސައްކަތެއް.
approachable
އެޕްރޯޗަބްލް (ނއ) ފަސޭހައިން ގާތްވެވޭ؛ މީހުންނާ ފަސޭހައިން ވާހަކަ ދައްކާ ނުވަތަ ރައްޓެހިވާ. (ނ) approachability
approbation
އެޕްރޮބޭޝަން (ނ) ރުހުން؛ އިސްތިހުސާން؛ އިޒުނަ؛ ހުއްދަ.
appropriate
އެޕްރޯޕްރިއެޓް (ނއ) އެކަށީގެންވާ؛ ކުފޫހަމަވާ؛ މުނާސަބު، ކަމަކަށް ރަނގަޅު ނުވަތަ ފުދޭ. (ކއ) appropriately (ނ) appropriateness
appropriate
އެޕްރޯޕްރިއެޓް (ކ) 1. އެއްޗެއް ނަގާ އަމިއްލަ އެއްޗެއްގެ ގޮތުގައި ބޭނުން ކުރުން. 2. ވަކި ކަމަކަށް އެއްޗެއް (މ. ފައިސާ) ޚާއްޞަކޮށް އެއްކައިރިކުރުން/ރައްކާކުރުން. (ނ) appropriator ،appropriation
approval
އެޕްރޫވަލް (ނ) އެއްޗެއް ރަނގަޅުކަމަށް ބުނުން ނުވަތަ ދެއްކުން ނުވަތަ އިޙްސާސް ކުރެވުން. on approval މުދަލެއް ކަމުދާނަމަ ގަންނަގޮތަށް ފިހާރައަކުން މުދާ ނެގުން.
approval
އެޕްރޫވް (ކ) 1. ކަމެއް ނުވަތަ އެއްޗެއް ރަނގަޅުކަމަށް ބުނުން ނުވަތަ އިޙްސާސް ކުރެވުން. 2. އެއްބަސްވުން ނުވަތަ ތާޢީދު ކުރުން.
approximate
އެޕްރޮކްސިމޭޓް (ނއ) ގާތްގަޑަކަށް. ރަނގަޅު އެކަމަކު މުޅިއަކުން ރަނގަޅެއް ނޫން. އަޞްލާ ގާތް. (ކއ) approximately
approximate
އެޕްރޮކްސިމެޓް (ކ) އަންދާޒާކުރުން. ގާތްގަޑަކަށް އެއްވަރު ކުރުން. (ނ) approximation
appurtenance
އެޕާރޓިނަންސް (ނ) މުހިއްމު މަޤާމަކާ ނުވަތަ ވަޒީފާ އަކާ ގުޅިގެން ލިބޭ ކުޑަ ޙައްޤެއް ނުވަތަ ފަސޭހައެއް ނުވަތަ އެއްޗެއް.
Après ski
އެޕްރޭސްކީ (ނއ) ސްކީ ކުރުމަށްފަހު ހަވީރު/ރޭގަނޑުގެ ވަގުތަށް ކަމުދާ. މި އިރުވަރު؛ ސްކީ ރިޒޯޓްތަކުގައި ސްކީ ކުރުމަށްފަހު ރޭގަނޑު މުނިފޫހިފިލުވުމުގެ ގޮތުން ހިންގާ ޕްރޮގްރާމްތައް.
apricot
އެޕްރިކޮޓް (ނ) ޕީޗް ވައްތަރުގެ އޮށް ހުންނަ މޭވާއެއް. މުޝްމުޝް
April
އެޕްރިލް (ނ) މީލާދީ ސަނަތުގެ ހަތަރުވަނަ މަސް؛ އޭޕްރިލްއިން އެއްވަނަ ދުވަހު ހަދާ ދޮގުގައި ބެދޭ މީހާ.
apron
އެއިޕްރަން (ނ) 1. ކަމެއް ކުރާއިރު ހެދުމުގެ މަތިން ކުރިމައްޗަށް ހުންނަގޮތަށް އަންނަ ނުވަތަ ލާ ފޮތި ގަނޑެއް؛ މިޔުޒަރު 2. މަތިންދާ ބޯޓު ބަނދަރެއްގައި، މުދާއަރުވާ ބާލާ، ބޯޓު އަނބުރާ ހަދާ ހިސާބު.
apropos
އެޕްރޮޕޯ (ނއ، ކއ) ގުޅޭ (ދެކެވޭ ވާހަކަ އަކާ ނުވަތަ ކުރާ ކަމަކާ ގުޅޭ)؛ ވަކި ޙާލަތެއްގައި ރަނގަޅު.
apt
އެޕްޓް (ކއ) 1. ގުޅޭ؛ އެކަށީގެންވާ؛ ކުފޫހަމަވާ. 2. ކަމެއް ކުރާގޮތެއް ޠަބީޢަތުގައި ހުރުން. 3. ފަސޭހައިން ދަސްކުރާ؛ ހިތްއަލި؛(ކއ) aptly (ނ) aptness
aptitude
އެޕްޓިޓިއުޑް (ނ) ގުދުރަތީ ގޮތުން ލިބިފައިވާ ކުޅަދާނަކަން ނުވަތަ ހުނަރުވެރިކަން؛ މަހާރަތު. ލިޔާގަތު؛ ޤާބިލިއްޔަތު.
aqua
އެކުވާ (ނ) ޒުމައްރަދުގައި ހުންނަ (ފެހިނޫ) ވިލު ކުލަ.
aqualung
އެކްވާލަންގ (ނ) ފީނާމީހުން ގެންގުޅޭ ވައިއެޅި ފުޅިއަކާއި މޫނުމަތި.
aquamarine
އެކްވާމެރިން (ނ) ފެހިނޫ ކުލައިގެ ޖަވާހިރެއް؛ ޒުމައްރަދު؛ މީގެ ކުލަ.
aquaplane
އެކްވާޕްލޭން (ނ) ލާންޗެއްގެ ވަލުގައި ހިފަހައްޓައިގެން ދުއްވުމަށް އަރާ ފިލާގަނޑެއް؛ މިފަދަ ގޮތަކަށް ދުއްވުން؛ ފެންއޮތް މަގަކު ކައްސާލުން.
aquarium
އެކްވޭރިއަމް (ނ) މަސްގެންގުޅެން ނުވަތަ ފެނުގައި ނުވަތަ ލޮނުގައި ހެދޭ ގަސްގެންގުޅެން ހަދާފައި ހުންނަ ފެންގަނޑު ނުވަތަ ޓޭންކު. މިފަދަ ތަކެތި ހުންނަ ޢިމާރާތެއް ނުވަތަ ތަނެއް.
Aquarius
އެކްވޭރިއަސް (ނ) ބާރަ ރާހީގެ ތެރެއިން ރާއްސެއް. މިރާހީގައި ފެން އުފުލާ މީހަކު ހުންނަ ފަދަ ސިފައަކަށް ތަރިތައް އެތުރިފައި ހުންނަކަމަށް ހީކޮށް މިނަން ކިޔަނީއެވެ.
aquatic
އެކްވާޓިކް (ނއ) ފެނުގައި ނުވަތަ ފެން ކައިރީގައި ހެދޭ ނުވަތަ އުޅޭ. ފެނުގައި ނުވަތަ ފެން ހުންނަ ތަނެއްގެ ކައިރީގައި ހިނގާ (މިސާލަކަށް ކުޅިވަރު).
aquatint
އެކްވަޓިންޓް (ނ) ނައިޓްރިކް އެސިޑް ބޭނުން ކޮށްގެން ރަތުލޯ ފަތުގައި ކަޑާނަގާފައި ހުންނަ ކުރެހުން.
aqueduct
އެކްވަޑަކްޓް (ނ) އެއް ތަނުން އަނެއް ތަނަށް ފެން ގެންދިއުމަށް ފާލަމެއް ފާޑަށް ހަދާފައި ހުންނަ ގަނާތު.
aquilegia
އެކްވިލީޖާ (ނ) ބަގީޗާގައި ހައްދާ ގަހެއް. މިގަހުގައި އަޅާނީ ދަބުކުލައިގެ މަލެކެވެ.
aquiline
އެކްވިލައިން (ނއ) ބާޒުގެ ތުން ހުންނަ ގޮތަށް ގުދުކޮށް.
Words starting with Ar…
Arab
އެރޭބް (ނ) ޢަރަބީންގެ މީހެއް. (ނއ) އަރަބީންނަށް ނިސްބަތް ކުރެވޭ.
arabesque
އެރެބެސްކް (ނ) 1. ޑިޒައިނެއް. މި ޑިޒައިނުގައި ފަތްކޯޅި އާއި ވަށްބުރާއި ތެދު ރޮނގުތަކުގެ ކުރެހުންތައް ހުރެއެވެ. 2. ބެލޭ ނެށުންތެރިންގެ ހަރަކާތެއް. މިހަރަކާތުގައި އެއްފައިގެ މައްޗަށް ކޮށްޅަށްހުރެ އަނެއްފައި ރަހައަށް ދަމާފައި ބަހައްޓައެވެ.
Arabic
އެރެބިކް (ނ) އަރަބީންނަށް ނިސްބަތްވާ؛ އަރަބި ބަސް.
arable
އެރެބްލް (ނއ) ގޮވާން ކުރުމަށް ކަމުދާ (ބިން).
arachnid
އެރެކްނިޑް (ނ) ދިރޭ ތަކެތި ބަހާފައިވާ ބައިތަކުގެ ތެރެއިން ބައެއް. މިބައިގައި ހިމެނެނީ މަކުނާއި ނަގުލަންދާށި ފަދަ ހައިވާނެވެ. ޢަންކަބޫތީ.
arbiter
އާރބިޓަރ (ނ) މައްސަލަ އަކާ މެދު ގޮތެއް ނިންމުމުގެ ބާރު ލިބިފައިވާ ފަރާތެއް ނުވަތަ މީހެއް.
arbitrary
އާރބިޓްރަރި (ނއ) ސަބަބުތަކުގެ މައްޗަށް ބިނާ ނުވާ؛ ކަމެއް ހިތައް އޭރަކު އެރި ގޮތަށް އެއްވެސް އުޞޫލެއް ނެތި ކުރާ. (ނ) arbitrariness (ކއ) arbitrarily
arbitrate
އާރބިޓްރޭޓް (ކ) ދެމެދެއްގައި ހިނގާ މައްސަލައެއްގައި ގޮތެއް ނިންމުން. ހުކުމް ކުރުން. އާރބިޓްރޭޝަން (ނ)arbitration ، arbitrator
arboreal
އާރބޯރީއަލް (ނއ) ގަހަށް ނިސްބަތްވާ؛ ގަހުގައި ދިރިއުޅޭ.
arboretum
އާރބޮރީޓަމް (ނ) ދިރާސާކުރުމަށް ނުވަތަ ދެއްކުމަށް ގަސް ހައްދާފައިވާ ތަން.
arbour
އާރބަރ (ނ) ބަގީޗާއެއްގައި ހިޔާ އޮންނަ ގޮތަށް ހަދާފައިވާ ތަން. މިފަދަ ތަނެއްގައި ގިޔުގަނޑެއްގެ މައްޗަށް ވެޔޮ ދުއްވާފައި ހުރެއެވެ.
arbutus
އާރބިއުޓަސް (ނ) ސްޓްރޯބެރީ ވައްތަރުގެ އެއްޗެއް އަޅާ ގަހެއް.
arc
އާރކް (ނ) 1. ތެދުނޫން ރޮނގެއްގެ ބައެއް. 2. މި ބައްޓަމަށް އޮތް އެއްޗެއް؛ ޤައުސް. 3. ކަރަންޓު ދީފައިވާ ދެކޮޅެއްގެ ދެމެދުން ގަދަ އައްޔަކާއެކު ދައުރުކުރާ ކަރަންޓު. މިސާލަކަށް ވެލްޑިންގ ކުރާއިރު ހިނގާ ކަރަންޓު. އާރކް ބޭނުން ކޮށްގެން އަލިގަދަ ބޮތްކެއް ހަދާފައި ހުރެއެވެ. މިފަދަ ބޮތްކަށް އާރކް ލޭމްޕް ނުވަތަ އާރކް ލައިޓް އޭ ކިޔައެވެ.
arcade
އާރކޭޑް (ނ) 1. ދެފަރާތުގައި ޢާއްމުކޮށް ފިހާރަ ހުންނަ ހިޔާކޮށްފައި ހުންނަ މަގު؛ ދެފަރާތުގައި ކުޅިވަރު ކުޅޭ ތަންތަން ހުންނަ ނަމަ އެމިޔުޒްމަންޓް އާރކޭޑް ކިޔައެވެ. 2. ގަންތަރު ނުވަތަ ބޯކު ތަކަކުން ހިފަހައްޓާފައި ނުވަތަ އޭގެ މަތީގައި ރާނާފައި ހުންނަ ފާރު. 3. ރުވާގު
arcane
އާރކޭން (ނ) ސިއްރު؛ އޮޅުން ނުފިލާ؛ މަދު ބަޔަކަށް ދޭހަވާ.
arch
އާރޗް (ނއ) 1. ދެފަރާތު ކަނި ފާޓުހަމައަށް މަތި ވަށްކޮށް ހުންނަ ބައްޓަމަށް ހަދާފައި ހުންނަތަކެތި. މިވައްތަރުގެ ބައްޓަމަށް ދޮރު ހަދާފައި ހުރެއެވެ. ޢާއްމުކޮށް ބޭނުންކުރަނީ ފާލަމެއް، ފުރާޅެއް ފަދަ އެއްޗެއް މަތީގައި ބޭއްވުމަށެވެ. ގަންތަރާ. މި ބައްޓަމަށް ހުންނަ ފައިގެ ދަށްފުށުގެ ބައި.
archaeology
އާރކިއޮލޮޖީ (ނ) ކުރީގެ ޙަޟާރަތްތައް، އެ ދޫކޮށްފައިދިޔަ ޢިމާރާތް، ހިފާގެންގުޅޭ ތަކެތި ދިރާސާކޮށްގެން ދެނެގަންނަ ޢިލްމު؛ އާސާރީ ޢިލްމް. (ނ) archaelogist މިފަންނުގެ ޢިލްމުވެރިން. (ނއ) archeological
archaic
އާރކޭއިކް (ނއ) ކުރީ ޒަމާނުގެ؛ ޤަދީމީ؛ އަސާރީ
archangel
އާރކްއޭންޖަލް (ނ) މަލާއިކަތުންގެ ތެރެއިން އެންމެ އިސް ފަރާތް.
archbishop
އާރޗްބިޝޮޕް (ނ) (ބިޝޮޕުންގެ) ފާދިރީންގެ ތެރެއިން އެންމެ އިސްމީހާ.
archdeacon
އާރޗްޑީކަން (ނ) ބިޝޮޕުންނަށް ވުރެ ދަށު ދަރަޖައިގެ ފާދިރީންގެ އެންމެ އިސްމީހާ.
arch-enemy
އާރކްއެނިމީ (ނ) އެންމެ ބޮޑު ދުޝްމަނު.
archer
އާރޗަރ (ނ) ދުނި ދަނޑި އާއި ތީރު ބޭނުން ކުރާމީހާ؛ ތީރުވެރިޔާ. (ނ) archery ކުޅިވަރެއްގެ ގޮތުގައި ދުނި އުކުން.
archetype
އާރކިޓައިޕް (ނ) އެއްޗެއް ކޮޕީކުރުމަށް ބޭނުންކުރާ އަޞްލު ނަމޫނާ އެތި. (ނއ) archetypical
archipelago
އާރކިޕެލަގޯ (ނ) ކުދިކުދި ރަށްތަކެއްގެ ގުރޫޕެއް؛ މިފަދަ ރަށްތަކެއް ހިމެނޭ ކަނޑެއް.
architect
އާރކިޓެކްޓް (ނ) އިމާރާތް ފަރުމާ ކުރާމީހާ. ކޮންމެވެސް މުހިއްމު ކަމެއް ގެންނާނެ ގޮތް ފިކުރުކޮށް ތަންފީޒުކުރާ ފަރާތް، މިސާލަކަށް ޞުލްޙައިގެ އާރކިޓެކްޓް.
architecture
އާރކިޓެކްޗަރ (ނ) އިމާރާތް ފަރުމާކުރުމާބެހޭ ޢިލްމު؛ ޢިމާރާތެއްގެ ފޭޑި ނުވަތަ އިސްޓައިލް ނުވަތަ ފަރުމާކުރުން. (ނއ) architectural (ކއ) architecturally
architrave
އާރކިޓްރޭވް (ނ) ތަނބުތަކެއްގެ މަތީގައި އޮންނަ ބެރި. ދޮރެއް ނުވަތަ ކުޑަދޮރެއްގެ ވަށައިގެން ރާނާ ނުވަތަ ބަރުފޯސްކޮށްފައި ފޮފަނަގާފައި ހުންނަ ބައި.
archives
އާރކައިވްސް (ނ) މަރުކަޒެއްގެ ނުވަތަ މުޖުތަމައެއްގެ ތާރީޚީ ފަތްތައް، ރެކޯޑްތައް. އަރުޝީފު.
archivist
އާރކިވިސްޓް (ނ) އަރުޝީފެއް ބަލަހައްޓާ މީހާ. މުއަރުޝިފު.
archway
އާރޗްވޭ (ނ)
ބޯކެއް ނުވަތަ މުގައްތަރެއްގެ ތިރިން ދަތުރު ކުރެވެން އޮންނަ މަގު.
arctic
އާރކްޓިކް (ނ) ދުނިޔޭގެ އުތުރު ތަނޑިއާއި ގާތް ސަރަހައްދު.
ardent
އާރޑެންޓް (ނއ) ޝައުޤުވެރިކަމާ އެކު؛ ކުރާހިތުން. (ކއ) ardently
ardour
އާރޑަރ (ނ) ފޯރި؛ ޝައުޤުވެރިކަން؛ ކަމެއް ކުރުމަށް ހުންނަ ލޯތްބާއި ޖޯޝް. ހަމާސާ (ކއ)
arduous
އާރޖުއަސް (ނއ) އުނދަގޫ؛ ބުރަ، ހިތްމަތާއި ގަދަ މަސައްކަތް ބޭނުންވާ. (ކއ) arduously
are
އާރ (ކ) 1. [ވެޔޭ] ހިނގަމުންދާ ޒަމާނަށް، އަދި އެކަކަށް ވުރެ ގިނައެއްްޗަށް ނުވަތަ މީހުންނަށް ނިސްބަތްކޮށް. be ގެ މާނަ ބަލާ 2. ސަތޭކަ އަކަ މީޓަރު.
area
އޭރިއާ (ނ) 1. ޞަޠަހައެއްގެ ބޮޑުމިން. މަސާހާ. 2. ކަމެއް ހިނގަމުންދާ ނުވަތަ ކުރުމަށް ކަޑައެޅިފައި އޮންނަ ސަރަޙައްދު. 3. ދާއިރާ ނުވަތަ މާއްދާ.
arena
އެރީނާ (ނ) ކުޅިވަރު ކުޅޭ ތަނެއްގައި ނުވަތަ ތަމްސީލު ކުޅޭ ތަނެއްގައި ހަމަކޮށް އޮންނަ ސަރަހައްދު؛ މައިދާން.
aren’t
އާރންޓް Are not މި ކަލިމަ ކުރުކޮށް ކިޔާ ގޮތް.
arguable
އާރގުއަބްލް (ނއ) ޔަޤީން ކަމެއް ނެތް؛ ޖަދަލުކުރުަމަށް ތަން އޮތް؛ ތެދުކަމާމެދު ޝައްކު ކުރެވޭ. (ކއ) arguably
argue
އާރގިއު (ކ) 1. ނުރުހުން ފާޅުކުރުން؛ ރުޅިވެރި ލަފުޒުތައް ބަދަލުކުރުން؛ މައްސަލައަކާ އެއްކޮޅަށް ނުވަތަ އިދިކޮޅަށް ސަބަބު ދެއްކުން؛ ޒުވާބު ކުރުން؛ މުނާޒިރާ ކުރުން؛ ބަހުސް ކުރުން. 2. ވާހަކަ ދައްކައިގެން މީހަކު އެއްޗެއް ޤަބޫލު ކުރުވުން. 3. ރަމްޒު ނުވަތަ އިޝާރާތް ކުރުން.
argument
އާރގިއުމަންޓް (ނ) ޒުވާބެއް؛ ދެކޮޅުވެރިކަން ފާޅުކުރާ ބަހުސެއް؛ ބަޔަކު އެއްޗެއް ޤަބޫލުކުރަން އެދި ހުށަހަޅާ ސަބަބުތައް؛ ހުއްޖަތު.
argumentation
އާރގިއުމެންޓޭޝަން (ނ) ހުއްޖަތު ޤާއިމުކުރާ ކުރުން.
argumentative
އާރގިއުމެންޓޭޓިވް (ނއ) ޒުވާބު ކުރާ ހިތްވާ؛ ކަންތައްތަކުގެ ސަބަބުތައް އޮޅުންފިލުވާ އަދި އެއާމެދު ބަހުސް ކުރުމަށް ޝައުޤުވެރިކަން ހުންނަ. (ކއ) argumentatively
argy-bargy
އާރގީބާރގީ (ނ) އާދައިގެ ބަހުރުވައިގައި ހޫނު ޒުވާބެއް.
aria
އާރިއާ (ނ) އޮޕްރާގައި އެއް ފެންވަރުގެ އަޑަކުން ކިޔާ ލަވަ.
arid
އެރިޑް (ނއ) 1. ހިކި، ހަނަފަސް؛ ފެންނެތް (މ. ހޫނު ސަހަރާތައް ފަދައިން)؛ 2. ޝައުޤުވެރިކަމެއް ނެތް. (ކއ) aridly (ނ) aridness، aridity
Aries
އޭރީޒް (ނ) ނުޖޫމީ ޢިލްމުގައި އެންމެ ފުރަތަމަ ރާހި. މި ރާހީގެ ރަމްޒެއްގެ ގޮތުގައި ބޭނުން ކުރަނީ ގިތެލެކެވެ. މޭސަ ރާހި
aright
އެރައިޓް (ކއ) ރަނގަޅަށް.
arise
އެރައިޒް (ކ) 1. އެއްޗެއް އުފެދުން؛ މީހުންގެ ސަމާލު ކަމަށް އައުން؛ 2. ތެދުވުން؛ މަރުވެފައިވަނިކޮށް ދިރުން. މާޒީވުމުން ކިޔަނީ arose
aristocracy
އެރިސްޓޮކްރެސީ (ނ) 1. ޤައުމެއްގެ ބޮޑުން؛ މުޖުތަމަޢު އެއްގެ ވިރާސީ ބޭފުޅުން. 2. މިފަދަ ބަޔަކު ހިންގާ ވެރިކަމެއް. އެރިސްޓޮކްރެޓް (ނ) aristocrat ބޭފުޅެއް. އެރިސްޓޮކްރެޓިކް (ނއ) aristocratic މިފަދަ މީހުންނަށް ނުވަތަ ވެރިކަމަށް ނިސްބަތްވާ. (ކއ) aristocratically
arithmetic
އެރިތްމެޓިކް (ނ) ޢަދަދު ބޭނުން ކޮށްގެން ހިސާބު ކުރުން؛ މިކަމުގެ ޢިލްމު. (ނއ) arithmetical (ކއ) arithmetically ހިސާބީ.
ark
އާރކް (ނ) ނޫޙުގެފާނުންގެ ނައު ކޮޅު؛ މި ނައުކޮޅުގެ ނަމޫނާ.
arm
އާރމް (ނ) އިންސާނާގެ ހަށިގަނޑުގެ މުލައްދަނޑިން ފެށިގެން އަތާއެކު؛ ގަމީހެއްގެ އަތް؛ އެއްޗެއްގައި އަތްފަދައިން ނުކުމެފައި ހުންނަ ބައެއް (މ. ގޮނޑިއެއްގައި).
އާރމް (ކ) arm ހަތިޔާރު ދިނުން ނުވަތަ ހަތިޔާރު އެޅުން. ބޮމެއް ފަދަ އެއްޗެއް ގޮވާ ގޮތަށް ތައްޔާރު ކުރުން. armed forces (ނ) ސިފައިން، ޤައުމެއްގެ ދިފާޢީ ލަޝްކަރު
armada
އާރމަޑާ (ނ) ސްޕޭންގެ މީހުން އިނގިރޭސިންނާ ދެކޮޅަށް 1588 ގައި ފޮނުވި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލަޝްކަރު.
armadillo
އާރމަޑިލޯ (ނ) ދެކުނު އެމެރިކާގައި އުޅޭ ޖަނަވާރެއް. ހަރުކޮނެގެން އުޅޭ މި ޖަނަވާރުގައި ކަހަނބުގައި ހުންނަ ގޮތަށް ހަރު ފަތްތަކެއް ހުރެއެވެ.
armament
އާރމަމެންޓް (ނ) އުޅަނދެއްގައި ހަރުކުރެވިފައިވާ ހަތިޔާރުތައް؛ ލަޝްކަރަކަށް ދެވިފައިވާ ހަތިޔާރުތައް؛ ހަނގުރާމައަށް ތައްޔާރުވުމުގެ ގޮތުން ހިނގާ ކަންތައްތައް.
armature
އާރމެޗަރ (ނ) މޯޓަރެއްގެ ނުވަތަ ކަރަންޓު އުފައްދާ ޑައިނަމޯގެ (ކޮއިލު އޮޅާފައި އޮންނަ) އެނބުރޭ ބައި.
armband
އާރމްބޭންޑް (ނ) ހެދުމެއްގެ އަތުގައި ނުވަތަ މުލައްދަޑީގައި އަޅާ ފުޅާ ބަންދެއް ނުވަތަ ފޮތިފަށެއް.
armchair
އާރމްޗެއަރ (ނ) އަތްގަނޑުލީ ގޮނޑީ. (armchair cricket) އާރމްޗެއަރ ކްރިކެޓް ޢަމަލީ ތަޖުރިބާއެއް ނެތި ކަންތަންތަކުގެ ކުށްދައްކާ މީހާ. އާރމްޗެއަރ ޓްރެވަލަރ (armchair traveller) ދަތުރު ތަކުގެ އަޑު އަހައިގެން ނުވަތަ ކިޔައިގެން ވާހަކަ ދައްކާ މީހާ.
armful
އާރމްފުލް (ނއ) އަތުން ހިފޭ އެންމެ ގިނައިން.
armhole
އާރމްހޯލް (ނ) ހެދުމެއްގެ އަތްބާނަން ހަދާފައި ހުންނަ ލޯވަޅު.
armistice
އާރމިސްޓިސް (ނ) ހަނގުރާމައެއްގައި ވަގުތީ ގޮތުން ޞުލްޙަވެ ހަމަލާތައް ހުއްޓާލުމަށްވާ އެއްބަސްވުން.
armless
އާރމްލަސް (ނއ) އަތް ނެތް.
armour
އާރމަރ (ނ) ހަނގުރާމަ ކުރާއިރު ހަށިގަނޑު ރައްކާތެރި ކުރުމުގެ ގޮތުންލާ އާލަތެއް؛ ދަހަނާ. ޓޭންކެއް، ކާރެއް، މަނަވަރެއް، ބޯޓެއް، ފަދަ އުޅަނދެއް ރައްކާތެރިކުރަން ހަރުކޮށްފައި ހުންނަ ހަރު މަޢުދަނުގެ ފިލާ؛ މިފަދަ ގޮތަކަށް ހަދާފައި ހުންނަ އުޅަނދު. (ނއ) armoured
armoury
އާރމަރީ (ނ) ހަތިޔާރާއި ގޮވާތަކެތި ރައްކާކޮށްފައި ހުންނަ ތަން.
armpit
އާރމްޕިޓް (ނ) ކިހިލިފަތް.
arms
އާރމްސް (ނ) 1. ހަނގުރާމަމަތީ ހަތިޔާރުތައް. 2. ދައުލަތްތައްތަކާއި ޖަމާޢަތްތައް ފަދަ ތަންތަނުގެ ނިޝާންތައް. މި ނިޝާންތަކަކީ ކުރީ ޒަމާނުގައި އެކި އާއިލާތަކަށް ނިސްބަތްވާ ނިޝާންތަކެކެވެ.
army
އާރމީ (ނ) 1. އެއްގަމުގައި ހަނގުރާމަ ކުރުމަށް ހަތިޔާރު ދެވިފައިވާ ލަޝްކަރު. 2. ބޮޑު ބައިގަނޑެއް. 3. ވަކި ކަމެއް ކުރުމަށް އިންތިޒާމް ކުރެވިފައިވާ މީހުންގެ ބޮޑު ޖަމާޢަތެއް.
aroma
އެރޯމާ (ނ) ވަސް، ޚާއްޞަކޮށް މީރު ވަސް. (ނއ) aromatic
arose
އަރޯޒްarise ބަލާ
around
އެރައުންޑް (ކއ، ޕޕ) ހުރިހާ ފަރާތަކުންވެސް ވަށްކޮށް؛ ކައިރި ހިސާބެއްގައި؛ ގާތުގައި؛ އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ؛ ގާތްގަޑަކަށް.
arouse
އެރައުސް (ކ) ހޭލައްވަލާލުން.
arrange
އެރޭންޖް (ކ) 1. ވަކި ތަރުތީބަކަށް އެތުރުން؛ ރީއްޗަށް ބެހެއްޓުން. 2. ރޭވުންތައް ރޭވުން؛ ތަފްސީލްތައް ކަނޑައެޅުން؛ ތައްޔާރުވުން؛ 3. ވަކި މިޔުޒިކް އާލަތަކަށް ހަދާފައިވާ މިޔުޒިކެއް އެހެން އާލަތަކުން ކުޅެވޭގޮތަށް ރޭވުން. ތަމްސީލެއް ބްރޯޑްކާސްޓްކުރުމަށް ބަދަލުކުރުން.
arrant
އެރެންޓް (ނއ) ޔަޤީނުން ވެސް؛ މުޠުލަޤު؛ ނުބައިކަމަށް މަޝްހޫރު. މިސާލަކަށް އެރާންޓް ދޮގުހަދާ މީހާ.
array
އެރޭ (ކ) 1. ތަރުތީބަކުން އެތުރުން. 2. ހެދުން އެޅުން؛ ނަލަ ހެދުން. (ނ) 1. ސަމާލުކަން ލިބޭފަދަ ތަމްސީލެއް، މަންޒަރެއް 2. ތާވަލެއް، ކޮމްޕިއުޓަރ ޕްރޮގްރާމެއްގައި ޑޭޓާ ނުވަތަ މަޢުލޫމާތު ތަރުތީބު ކުރާގޮތެއް. މިގޮތުން ވަކި ނަންބަރެއް ބޭނުންކޮށްގެން އެ މަޢުލޫމާތު ގެ ބައިތައް ވަކިން ހޯދެއެވެ.
arrears
އެރިއާރސް (ނ) ލިބިފައި ހުންނަން ޖެހޭ ނަމަވެސް ނުލިބޭ ފައިސާ؛ ކޮށް ނިމިފައި ހުންނަންޖެހޭ މަސައްކަތް ނަމަވެސް އަދި ނުނިމިހުރި.
arrest
އެރެސްޓް (ކ) ހަރަކާތެއް ނުވަތަ އަމަލެއް ހުއްޓުވުން ނުވަތަ ބެލުން؛ ހިފެހެއްޓުން (މ. ސަމާލުކަން)؛ ޤާނޫނީގޮތުން ބާރުލިބިގެން ބަންދުކުރުން. (ނ) ބަންދު. ހިފެހެއްޓޭ ހިފެހެއްޓުން.
arrestable
އެރެސްޓަބްލް (ނއ) ކުށުގެ ބާވަތުން ބަންދުކުރެވޭ. މިބާވަތުގެ ކުށެއްގައި ބެދުމުން އެއްވެސް ފަރާތެއްގެ ހުއްދަ ނުހޯދާ ކުށްކުރާ ފަރާތް ބަންދުކުރެވޭ.
arrival
އެރައިވަލް (ނ) އައުން. އައި މީހާ ނުވަތަ އައި އެތި.
arrive
އެރައިވް (ކ) 1. މަންޒިލަކަށް ވާޞިލުވުން ނުވަތަ ދަތުރެއްގެ މުހިއްމު ހިސާބަކަށް އާދެވުން. 2. އެއްބަސްވުމަކަށް އާދެވުން. 3. އެންމެ ފަހުން އާދެވުން. މުހިއްމު ކަމެއް ހާމަވެގެން ދިއުން. 4. ދުނިޔޭގެ ކާމިޔާބު ލިބިގެންވާ ކަމަށްފާހަގަ ކުރެވުން.
arrogant
އެރޮގަންޓް (ނއ) މީހާގެ މޮޅުކަން އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް އިހްސާސް ކުރެވުމުގެ ސަބަބުން ބޮޑާވެފައިވާ؛ ތަކައްބުރު، ކިބުރުވެރި. (ކއ) arrogantly (ނ) arrogance
arrow
އެރޯ (ނ) 1. ތީރު؛ ދުނި؛ ދުނިދަނޑިއެއްގައި ލާފައި ފޮނުވާ ތެދު ހެވިކަމުގެ އާލަތެއް. 2. އެއްޗެއްގެ މިސްރާބު ނުވަތަ މަޤާމް ދައްކަން ރޮނގެއްގެ ކޮޅުގައިލާ –> މިފަދަ ނިޝާނެއް.
arrowhead
އެރޯހެޑް (ނ) ތީރުގެ ބޯ ނުވަތަ ކުރި.
arrowroot
އެރޯރޫޓް (ނ) ދަނޑިއަލުވި ފަދަ ފަލަވާ މުލަކުން ނަގާ ކާންގެންގުޅޭ ފުށެއް
arse
އާރސް (ނ) ހުތުރު ބަހުރުވައިން ފޫކޮޅު.
arsenal
އާރސިނަލް (ނ) ހަނގުރާމައިގެ ސާމާނު އުފައްދާ ނުވަތަ ގުދަން ކުރާ ތަނެއް.
arsenic
އާރސިނިކް (ނ) 1. އަޅިކުލައިގައި ހުންނަ މުރަނަ މަޢުދަނެއް. 2. ހުދު ކުލައިގައި ހުންނަ މީގެ ވަރަށް ވަރުގަދަ ވިހައެއް؛ ކޮކަޑި (ނއ) arsenical
arson
އާރސަން (ނ) އިންސުއަރެންސް ފައިދާ ހޯދަން ނުވަތަ ނުރުހިގެން ޤަވާޢިދާ ހިލާފަށް ގެއެއްގައި ނުވަތަ އެހެންވެސް ތަނެއްގައި ޤަޞްދުގައި ހުޅުޖެހުން. (ނ) arsonist މިކަން ކުރާމީހާ.
އާރޓް (ނ) art
1. ފަންނު. ރީތި އެއްޗެއް އުފެއްދުން ނުވަތަ މިކަމުގެ ހުނަރު. 2. މިހުނަރު ބޭނުން ކޮށްގެން އުފައްދާފައި ހުންނަ ކުރެހުން ފަދަ އެއްޗެތި. 3. ޢަމަލީ ކޮންމެ ހުނަރެއް. އާރޓް ގެލެރީއަކީ މިފަދަ ތަކެތި ދެއްކުމަށް ހުންނަ ތަންތަނެވެ. arts ތާރީޚާއި ބަސްފަދަ މާއްދާތައް. މިފަދަ މާއްދާތައް، ސައިންސާއި ޚިލާފަށް ބަރާބަރަށް މިނެހެދުމުގެ ކަމެއް މި މާއްދާތަކަކު ނޯވެއެވެ. އިސްކަން ދެނީ ފުންކޮން ދޭހަވުމަށެވެ. އާރޓްސް އެންޑް ކްރާފްޓްސް ކިޔަނީ އަތްތެރި މަސައްކަތްތަކަށެވެ. ނުވަތަ މިމަސައްކަތުން އުފައްދާ ތަކެއްޗަށެވެ.
art
އާރޓް (ކ) ޤަދީމީ އިނގިރޭސި ބަހުގައި are ގެ ބަދަލުގައި އެއްމާނައެއްގައި ބޭނުން ކުރާ ލަފުޒު.
artefact
އާރޓިފެކްޓް (ނ) މީހުން އުފައްދާފައިވާ އެއްޗެއް. ޤަދީމީ އާލަތެއް.
arterioscrelosis
އާރޓީރިއޮސްކްލެރޯސިސް (ނ) ލޭ ފޮނުވާ ނާރުތަކުގެ ދެމުން ނެތި ދިއުމުގެ ސަބަބުން ލޭފޮނުވުމަށް ހުރަސް އަޅާ ބައްޔެއް.
artery
އާރޓަރީ (ނ) ހިތުން ހަށިގަނޑުގެ އެހެން ބައިތަކަށް ލޭ ގެންދާ ހޮޅިތަކުން ހޮޅިއެއް. މުހިއްމު ދަތުރުކުރާ މަގެއް. ޝުރަޔާން. (ނއ) arterial
artesian well
އާރޓީޒަން ވެލް (ނ) ބިމުގައި ވަޅެއް ބެހެއްޓުމުން ޕަންޕު ނުބެހެއްޓިއަސް މައްޗަށް ފެންއަރާ ވަޅެއް. މިފަދަ ވަޅަށް ފެން ފަސޭހައިން އަންނަނީ ވަޅު ބެހެއްޓޭތަން އެހެން ތަންތަނުގެ ނިސްބަތުން ތިރިވުމުންނެވެ.
artful
އާރޓްފުލް (ނއ) ތިމާ ބޭނުން މުހުތާދެއް ޙާޞިލު ކުރުމަށް މަކަރުވެރި ނުވަތަ ފިކުރުވެރި. (ކއ) artfully (ނ) artfullness
arthritis
އާތްރައިޓިސް (ނ) ހުޅުތަކުގައި ރިއްސާ ނުވަތަ ހުޅުގުޑުވުމަށް އުނދަގޫވާ ބައްޔެއް. (ނއ) arthritic
artic
އާރޓިކް (ނ) އެކި ބައިތަކަކުން ގުޅިފައިވާ އުޅަނދެއް. މިއީ ކުރުގޮތަށް އާރޓިކިޔުލޭޓަޑް ވެހިކަލް articulated vehicle ކިޔާ ގޮތެވެ.
artichoke
އާރޓިޗޯކް (ނ)ވަރަށް ބޯ ފަތްތަކެއް ހުންނަ ތަރުކާރީގެ ބާވަތެއް. ޙަރުޝަފު.
article
އާރޓިކްލް (ނ) 1. ވަކި ނުވަތަ ޚާއްޞަ އެއްޗެއް. 2. ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ހިމެނޭ އެއް ޢަދަދަކުން ނިމޭ ލިއުމެއް. 3. އެއްބަސް ވުމެއްގައި ނުވަތަ ޤާނޫނީ ލިއުމެއްގައި ހިމެނޭ ވަކިކަމަކާ ބެހޭ ޕެރެގްރާފެއް ނުވަތަ މާއްދާއެއް. 4. އިނގިރޭސި ބަހުގައި ނަމެއްގެ ކުރީގައި ހިމެނޭ އެނަމަށް ސިފައެއް ގެނެސްދޭ އަކުރެއް މިސާލަކަށް the.
articular
އާރޓިކިޔުލަރ (ނއ) ހަށިގަނޑުގެ ހުޅުތަކާ ބެހޭ.
articulate
އާރޓިކިޔުލޭޓް (ކ) 1. އެކި އަޑުތައް ސާފުކޮށް އެނގޭ ފަދަ ގޮތަކަށް ވާހަކަ ދެއްކުން. ހުޅެއް ބޭނުންކޮށްގެން ގުޅުވުން. (ނ) articulation (ނ) 2. (ނއ) ސާފުކޮށް ވާހަކަ ދައްކާ؛ ބުނަން ބޭނުން އެއްޗެއް އެނގޭގޮތަށް ސާފުކޮށް ކިޔާ.
artifice
އާރޓިފިސް (ނ) މަކަރެއް؛ ހީލަތެއް؛ މީހަކަށް އޮޅުވާލުމަށް ހަދާ ޙިކުމަތްތެރި މަކަރެއް.
artificer
އާރޓިފިސަރ (ނ) ތަކެތި ހެދުމަށް ނުވަތަ އުފެއްދުމަށް ހުނަރުވެރި މަސައްކަތް ތެރިއެއް.
artificial
އާރޓިފިޝަލް (ނއ) ޤުދުރަތީ ގޮތުން އުފެދިފައިނުވާ؛ ސިނާއީ؛ ޤުދުރަތީ އެއްޗެއްގެ ސިފައިގައި އިންސާނުން ހަދާފައިވާ؛ (ކއ) artificially (ނ) artificiality
artillery
އާރޓިލަރީ (ނ) 1. ބިމުގައި ހަނގުރާމަ ކުރާއިރު ބޭނުން ކުރާ ބޮޑު ބަޑިއެއް. 2. އެއްގަމު ލަޝްކަރެއްގައި މިފަދަ ހަތިޔާރު ބޭނުން ކުރާ ފައުޖު. (ނ) artilleyman
artisan
އާރޓިޒަން (ނ) ތަކެތި އުފެއްދުމުގައި މަސައްކަތްކުރާ ހުނަރުވެރި މަސައްކަތް ތެރިއެއް. ޙިރުފީ.
artist
އާރޓިސްޓް (ނ) 1. ޚާއްޞަކޮށް ކުރަހާ ކުލަޖައްސާ، އާއްމުކޮށް ކޮންމެވެސް ބާވަތެއްގެ ފަންނާނެއް. 2. ވަރަށް ހުނަރުވެރިކަމާއެކު ކަންތައްތައް ކުރާ މަސައްކަތްތެރިއެއް. 3. އެހެންމީހުން މުނިފޫހިފިލުވުމަށް މަސައްކަތް ކުރާ މީހެއް.
artiste
އާރޓީސްޓް (ނ) އެހެންމީހުން މުނިފޫހިފިލުވުމަށް މަސައްކަތް ކުރާ މީހެއް.
artistic
އާރޓިސްޓިކް (ނއ) 1. ފަންނީ ހުނަރުވެރިކަން ދައްކައިދޭ. 2. އާރޓިސްޓުންގެ ފަންނު. 3. ބޮޑަށް ނުވިސްނާ ކުއްލިއަކަށް ޙަރަކާތްތެރިވާ، އެހެންމީހުންގެ އުޅުމާ ތަފާތު. (ކއ) artistically
artistry
އާރޓިސްޓްރީ (ނ) ފަންނީ ހުނަރުވެރިކަން.
artless
އާރޓްލަސް (ނއ) ސާދާ އަދި ޠަބީޢީ؛ ދެއްކުން ތެރިކަމެއް މަކަރުވެރިކަމެއް ނެތް. (ކއ) artlessly (ނ) artlessness
arty
އާރޓީ (ނއ) ނުރަސްމީ ބަހުރުވައިގައި އާރޓްސް އާއި އާރޓިސްޓުންނަށް ވަރަށް ޝައުޤުވެރިކަން ހުރިކަން ދެއްކުންތެރިކަމުގެ ގޮތުން ހާމަކުރުމާ އެކު (ނ) artiness .
arty-crafty
އާރޓީ-ކްރާފްޓީ (ނއ) ނުރަސްމީ ބަހުރުވައިގައި ފަންނީ މަސައްކަތްތެރިކަމާ ބެހޭ.
arum
އެރުމް/އެރަމް (ނ) ބަގީޗާގައި ހައްދާ ގަހެއް. މިގަހުގައި އަޅަނީ ތާޅަފިލިވައްތަރަށް ހުންނަ މަލެކެވެ.
as
އޭޒް (ކއ) 1. އެއްވަރަށް؛ އެއް ފެންވަރަށް؛ އެގޮތަށް. (ކޮންޖަންކުޝަން) ހަމަ އެހިދު. 2. އެސަބަބާ ހެދި. 3. އެގޮތަށް.
asbestos
އެސްބެސްޓޮސް (ނ) ބިމުން ނަގާ ގަނޑުކޮށް ހުންނަ ކަފައާ ވައްތަރު އެއްޗެއް. މި ބޭނުންކުރަނީ ހޫނު ހިފެހެއްޓުމަށެވެ.
asbestosis
އެސްބެސްޓޯސިސް (ނ) އެސްބެސްޓޮސް ހުންނަ ސަރަޙައްދެއްގައި އުޅުމުން ނުވަތަ އެއާ ކުޅުމުން ފުއްޕާމެޔަށް ޖެހޭ ބައްޔެއް.
ascend
އެސެންޑް (ކ) މައްޗަށް އެރުން ނުވަތަ ދިއުން.
ascendency
އެސެންޑެންސީ (ނ) އެއްޗެއް ކޮންޓްރޯލް ކުރާނޭ ނުވަތަ މަތަ ކުރާނޭ ބާރު ލިބުން؛ ކަމެއް ނުވަތަ އެއްޗެއް އެންމެ ބާރުގަދަ ނުވަތަ ނުފޫޒުގަދަ ހިސާބަށް އައުން؛ ކާމިޔާބާއި ބާރާއި ހައިބަތުގެ މަޤާމެއް.
ascendant
އެސެންޑެންޓް (ނއ) ކާމިޔާބާއި ބާރު މަތިވަމުންދާ؛ މައްޗަށް އަރާ، މިސާލަކަށް ނަކަތެއް އުދަރެހުން ފެންމައްޗަށް އުފުލުން. ޞާޢިދު، ޠާލިޢު.
ascension
އެސެންޝަން (ނ) މައްޗަށް އެރުން؛ ތަޚުތަށް ނުވަތަ މަތިވެރި މަޤާމަކަށް ނުވަތަ ތަނަކަށް އެރުން.
ascent
އެސެންޓް (ނ) މައްޗަށް އަރާ އެރުން؛ ބިމުގައި ނުވަތަ އެހެންވެސް އެއްޗެއްގައި މައްޗަށް އެރޭގޮތަށް ހުންނަ މަގު، ތަން.
ascertain
އެސަރޓޭން (ކ) ސުވާލުކޮށްގެން ނޫންނަމަ އެހެން ގޮތަކުން ނަމަވެސް ޔަޤީންކަން ހޯދުން ނުވަތަ ޔަޤީންކުރެވުން (ކއ) ascertainable
ascetic
އެސެޓިކް (ނ) ޒާހިދު މީހެއް؛ ދުނިޔެވީ އުފާތަކުން މަޙުރޫމްވެގެން ވަރަށް މަދު އެއްޗެއް ބޭނުންކޮށްގެން އުޅޭ ޢާއްމުކޮށް ދީނީ މީހެއް. (ކއ) ascetically ޒާހިދުކަން (ނ) ascetism
ascorbic acid
އެސްކޯރބިކް އެސިޑް (ނ) ޢާއްމުގޮތެއްގައި ހުތް މޭވާތަކުގައާއި ތަރުކާރީގައި ހިމެނޭ ވިޓަމިން ސީ.
ascribable
އެސްކްރައިބަބްލް (ނއ) ވަކި ކަމަކަށް ނުވަތަ މީހަކަށް ނިސްބަތް ކުރެވޭ.
ascribe
އެސްކްރައިބް (ކ) އެއްޗަކަށް ނުވަތަ މީހަކަށް ކަމެއްގެ އުފެދުން ނުވަތަ މިލްކުވެރިކަން ނުވަތަ ސަބަބު ނިސްބަތްކުރުން. (ނ) ascription
aseptic
އެސެޕްޓިކް (ނއ) ޖަރާސީމު ތަކުން ތާހިރުވެގެންވާ؛ ބަލިޖައްސާ ޖަރާސީމު ފަދަ ތަކެތިން މެޑިކަލްގޮތުން ސަލާމަތްވެގެންވާ. (ކއ) aseptically
asexual
އެސެކްޝުއަލް (ނއ) ޖިންސީ ގުނަވަންތައް ނެތް.
ash
އޭޝް (ނ) އަޅި ކުލައިގެ ތޮށްޓެއްލީ ގަހެއް.
ash
އޭޝް (ނ) އެއްޗެއް އެންދީމާ ހުންނަ ބައި؛ އަޅި. (ނއ) ashy
ashamed
އެޝޭމްޑް (ނއ) ލަދުގަނެފައި.
ashen
އެޝެން (ނއ) އަޅިއާ ވައްތަރު ނުވަތަ އަޅިން އުފައްދާފައިވާ.
ashlar
އެޝްލަރ (ނ) ހަތަރެސްކަނަށް ކަޑާފައިވާ ގައު؛ މިފަދަ ގަލުން ރާނާފައިވާ.
ashore
އެޝޯރ (ކއ) އެއްގަމާ ކައިރިއަށް ނުވަތަ އެއްގަމުގައި.
ashram
އަޝްރާމް (ނ) އުތުރު ކަރައިގައި ހުންނަ ޒާހިދު އަޅުވެރިންގެ ދީނީ ބިނާއެއް.
ashtray
އޭޝްޓްރޭ (ނ) އަޅިކެނޑި. ދުންފަތުގެ އަޅިއަޅަން ހުންނަ އެއްޗެއް.
aside
އެސައިޑް (ކއ) 1. އެއް ކާރިއަށް ނުވަތަ އެއްކާރީގައި؛ މައި އެއްޗާއި ދުރުގައި؛ މީހެއްގެ ޚިޔާލު ނުވަތަ ފިކުރުން ދުރުގައި. 2. ވަކި ކަމަކަށް ބެހެއްޓިފައި (މ. ފައިސާ) 3. އެއް ބަޔަކަށް އެނގޭ ގޮތަށް ދައްކާ ވާހަކަ.
asinine
އޭސިނައިން (ނއ) ސޭކު ނުވަތަ މޮޔަ؛ ހިމާރެއް ފަދަ ނުވަތަ ވައްތަރު
ask
އާސްކް (ކ) 1. އެހުން (މ. ސުވާލެއް ނުވަތަ ޖަވާބަކަށް) 2. އެހެން މީހެއްގެ ފަރާތުން (މ. ކަމަކަށް) އެދުން.
askance
އެސްކާންސް (ކއ) މީހަކާ ނުވަތަ އެއްްޗަކާ ދިމާއަށް، ނަފުރަތު ނުވަތަ އިތުބާރު ނެތި ބަލާ؛ ނުރުހުމާ ނަފުރަތާއެކު؛ ސީދަލަކަށް ނޫން (މ.ނަޒަރު)؛ ޝައްކާއެކު
askew
އެސްކިއު (ނއ، ކއ) ތެދު ނުވަތަ ރަހަ ނޫން.
asleep
އެސްލީޕް (ނއ، ކއ) ނިދިފައި؛ ހަރަކާތް ނެތިފައި.
asp
އެސްޕް (ނ) ވިހަ ހަރުފައިގެ ބާވަތެއް.
asparagus
އެސްޕެރެގަސް (ނ) ތަނޑިތަކެއްހެން ހުންނަ ތަރުކާރީއެއް.
aspect
އެސްޕެކްޓް (ނ) 1. އެއްޗެއް ފެންނަ ސިފަ. 2. އެއްޗެއް ހުންނަ ދިމާ؛ އެއްޗެއް ދިއްކުރެވިފައިވާ ދިމާ. 3. ނުޖޫމީ ޢިލްމުގައި ގުރަހައްޔެއް ނުވަތަ ތަރިއެއް އެހެން އެއްޗަކާ ހުންނަ ގާތްކަން.
aspen
އެސްޕެން (ނ) ވަރަށް މަޑު ރޯޅީގައިވެސް ހެލުވިލާ ފަތް ހުންނަ ގަހެއް.
asperity
އެސްޕެރިޓީ (ނ) އުޅުމުގައި ނުވަތަ ހާލަތެއްގައި ހުންނަ ހަރުކަށި ނުވަތަ ގޮތެއް ނެތްކަން.
aspersions
އެސްޕަރޝަންޒް (ނ) މީހެއްގެ އަބުރަށް ދެވޭ ހަމަލާ؛ މީހަކު ދަށްކޮލުމުގެ ގޮތުން ކުރާ ކަންތައްތައް (މި ލަފުޒު އާއްމުކޮށް ބޭނުން ކުރަނީ cast aspersions މި ޢިބާރާތާއެކުއެވެ)؛ ތަޝްހީރު.
asphalt
އެސްފޯލްޓް (ނ) ތާރުފަދަ އޮލަ ކަޅު އެއްޗެއް. ކުދި ހިލައާ އެއްކޮށްގެން މަގުގެ ތަޅުން އެޅުމަށް ބޭނުން ކުރާ އެއްޗެއް. (ކ) މި ބޭނުންކޮށްގެން މަގުގައި ތަޅުން އެޅުން.
asphyxia
އެސްފިކްސިއާ (ނ) ފުއްޕާ މޭގައި ވައި ނެތުމުގެ ސަބަބުން ވާގޮތެއް؛ ނޭވާ ހާސްވެގެން އަނބުރައިގަތުން ނުވަތަ މަރުވުން.
asphyxiate
އެސްފިކްސިއޭޓް (ކ) ނޭވާ ހާސްވުން؛ ނޭވާ ހާސްކޮށްގެން މީހަކު މަރާލުން ނުވަތަ ނޭވާ ހާސްވެގެން މަރުވުން (ނ) asphyxiation
aspic
އެސްޕިކް (ނ) ކުކުޅު ބިހުގެ ނުވަތަ މަހުން ހަދާފައި ހުންނަ ކެއުންތަކުގައި އެތަކެތީގެ ބޭރުގައި ލުމަށް ގެންގުޅޭ ހަލުވިދާގޮތަށް ހުންނަ ޖެލީއެއް.
aspidistra
އެސްޕިޑިސްޓްރާ (ނ) ކޮޅަށް ހިމަ ފުޅާ ދިގު ފަތެއްލީ ބަގީޗާގައި ހައްދާ ގަހެއް.
aspirant
އެސްޕިރަންޓް (ނއ) ކަމަކަށް ވަރަށް ބޮޑަށް އެދުންވެރިވެގެން އުޅޭ މީހާ.
aspirate
އެސްޕިރޭޓް (ނ) ”އެޗް“ ގެ އަޑު.
aspirate
އެސްޕިރޭޓް (ކ) ”އެޗް“ ގެ އަޑާއެކު ބުނުން. ”އެސްޕިރޭޓަރެއް“ ބޭނުން ކޮށްގެން ދެމުން.
aspiration
އެސްޕިރޭޝަން (ނ) 1. ހިތް ވަރަށް ބޮޑަށް އެދޭ ކަމެއް. 2. ކަމަކަށް އެދޭ އެދުން.
aspirator
އެސްޕިރޭޓަރ (ކ) ތަނަކުން ނުވަތަ ކަންވާރަކުން ގޭހެއް ނުވަތަ ދިޔައެއް ދެމުމަށް ބޭނުން ކުރާ ޕަންޕެއް ހިމެނޭ ނުވަތަ ފުމެގެން ބޭނުންކުރާ އެއްޗެއް.
aspire
އެސްޕަޔަރ (ކ) ކަމެއް ޙާޞިލްކުރުމަށް މީހެއްގެ އުއްމީދުތައް އަމާޒުކުރުން؛ މަތީ މަޤާމަކަށް އެދުން.
aspirin
އެސްޕިރިން (ނ) ހުން މަޑުކުރުމަށް ނުވަތަ ތަދު ކެޑުވުމަށް ނުވަތަ ލޭ ދިޔާ ކުރުމަށް ބޭނުން ކުރާ ބޭހެއް.
ass
އޭސް (ނ) ހިމާރު.
ass
އޭސް (ނ) ހުތުރު ބަހުރުވައިން arse
assail
އެސޭއިލް (ކ) ވަރުގަދައަށް މެދުކެނޑުމެއް ނެތި ހަމަލާދިނުން. (ނ) މިފަދަ ހަމަލާދޭ ފަރާތް.assailant
assassin
އެސެސިން (ނ) ސިޔާސީ ނުވަތަ ދީނީ ސަބަބަކަށްޓަކައި، މީހަކު މަރާމީހާ؛ ޚާއްޞަކޮށް މިސަބަބަށް މީހަކު މެރުމަށްޓަކައި އުޖޫރައަކަށް ހިފާ ފަރާތް.
assassinate
އެސެސިނޭޓް (ކ) ދީނީ ނުވަތަ ސިޔާސީ ސަބަބަކަށްޓަކައި މުހިއްމު މީހަކު މަރާލުން. (ނassassination (، assassinator
assault
އެސޯލްޓް (ކ، ނ) ބާރުގަދަ އުދުވާނީ ހަމަލާދިނުން؛ ލަފުޒު ބޭނުން ކޮށްގެން ނަމަވެސް އަނެކާއަށް ޒާތީ ގޮތެއްގައި ދޭ ގަވާއިދާ ޚިލާފު ބަހުގެ ހަމަލާ.
assay
އެސޭ (ކ، ނ) ސިއްކައަށް ނުވަތަ ލާރި ހެދުމަށް ބޭނުން ކުރާ މަޢުދަނުގެ ސާފުކަން ބެލުން. މިގޮތަށް ބަލާ ބެލުން.
assemblage
އެސެމްބްލިޖް (ނ) 1. ޖަމާކުރުން؛ ރޭވުން؛ ވަކި ބައިތައް އެއްކުރުން. މިފަދަ ކަމުގެ މަސްދަރު 2. މިގޮތަށް އެއްކޮށްފައިވާ އެތި.
assemble
އެސެމްބްލް (ކ) 1. ޖަމާކުރުން؛ ރޭވުން؛ 2. ވަކި ބައިތައް އެއްކުރުން.
assembler
އެސެމްބްލަރ (ނ) ދަށް ފެންވަރުގެ އިރުޝާދުތަކުން ކޮމްޕިއުޓަރުގެ އަސާސީ އިރުޝާދުތަކަށް ބަދަލު ކުރާ ކޮމްޕިއުޓަރ ޕްރޮގްރާމް.
assembly
އެސެމްބްލީ (ނ) އެއްކުރެވޭ އެއްކުރުން؛ ވަކި ކަމަކަށް އެއްވެފައިވާ ޖަމާޢަތެއް.
assent
އެސެންޓް (ކ، ނ) ޤަބޫލުވުން؛ އެއްބަސްވުން؛ ތާޢީދު ކުރުން.
assert
އެސާރޓް (ކ) 1. ތެދުކަމަށް އިޢުލާނު ކުރުން؛ މި މާނައިގައި ލަފުޒު ބޭނުން ކުރާއިރު ޢާއްމުކޮށް ތެދުކަމުގެ ހެއްކެއް ނުދައްކާނެއެވެ؛ ހުށަހެޅުން. 2. ފުރިހަމަ ގޮތުގައި ބޭނުން ކުރުން. މީހެއްގެ ޙައްޤުތައް ހޯދައިގަތުން؛ މީހެއްގެ ބާރު ބޭނުން ކުރުން.
assertion
އެސާރޝަން (ނ) ތެދެއްކަމަށް ބުނާ ބުނުން.
assertive
އެސާރޓިވް (ނއ) ތިމާގެ ޙައްޤުތައް ހޯދައިގަންނަ؛ ބާރުގެ ބޭނުން ކުރާ. (ކ) assertively (ނ) assertiveness
assess
އެސެސް (ކ) އެއްޗެއްގެ ނުވަތަ ކަމެއްގެ މިންވަރު ވަޒަން ކުރުން. (ނ) assessor
ވަޒަން ކުރާ ފަރާތް. (ނ)assessment
asset
އެސެޓް (ނ) ދަރަންޏެއް ދެއްކުމަށް ވިއްކާލެވިދާނެ ކޮންމެފަދަ އެއްޗެއް. މުދާ.
asseverate
އެސެވަރޭޓް (ކ) ރަސްމީ ބަހުރުވައިގައި ހެއްކެއް ނެތި ކަމެއް ތެދުކަމަށް ހަރުދަނާ ކަމާއެކު ފާޅުކުރުން ނުވަތަ ބުނުން.
assiduous
އެސިޑުއަސް (ނއ) ހީވާގި އަދި މާޔޫސް ނުވެ ކަމެއް ކުރުމުގައި ދެމި ހުންނަ. ދުއޫބު. (ކއ) assiduously (ނ) assiduity
assign
އެސައިން (ކ) އައްޔަނު ކުރުން؛ ކަމަކަށް ކަޑައެޅުން؛ ކަމެއް ޢަމަލެއް ޙަރަކާތެއް ކުރުމަށް ބުނުން ނުވަތަ އެންގުން ނުވަތަ ހަވާލުކުރުން؛ ޢައްޔަނުކުރުން؛ އެއްޗަކާ ނުވަތަ ކަމަކާ ގުޅޭގޮތަށް ކަންތައްތައް ހަމަޖެއްސުން.
assignable
އެސައިނަބްލް (ނއ) ކަމަކަށް އެއްޗަކަށް ޢައްޔަނު ކުރެވިދާނެ ނުވަތަ ކުރެވޭ.
assignation
އެސިގްނޭޝަން (ނ) 1. ކަމަކަށް އެއްޗަކަށް ”އެސައިން“ ނުވަތަ އައްޔަނު ކުރުން. 2. (ޚާއްޞަކޮށް ލޯބިވެރިއަކާ) ބައްދަލުވުމަކަށް އެއްބަސްވުން.
assignment
އެސައިމެންޓް (ނ) 1. ”އެސައިން“ ކުރެވޭ ކުރުން. 2. މީހަކާ ކުރުމަށް ޙަވާލު ކުރެވޭ މަސައްކަތް؛ ޙިއްޞާ.
assimilate
އެސިމިލޭޓް (ކ) 1. އެއްޗެއްގެ ތެރެއަށް ފެތުރިގެން ނުވަތަ ގިރިގެން ނުވަތަ ވަދެގެން ދިއުން. 2. ސިކުޑީގެ ތެރެއަށް ޢިލްމުގެ ގޮތުގައި ނަގައިގަނެވުން. (ނ) assimilation
assist
އެސިސްޓް (ކ) އެހީތެރިވުން. (ނ) assistance
assistant
އެސިސްޓަންޓް (ނ) އެހީތެރިވާ މީހާ. ފިހާރައެއްގައި ވިޔަފާރިކުރަން އައިސް ތިބި މީހުންނަށް އެހީތެރިވާ ފަރާތް. (ނއ) މަތީ ނުވަތަ އިސް މަޤާމަކަށް އެހީތެރިވެދޭ.
associate
އެސޯސިއޭޓް (ކ) އެހީތެރިއެއްގެ ގޮތުން، ރައްޓެއްސެއްގެ ގޮތުން ނުވަތަ އެކު އުޅޭ ފަރާތެއްގެ ގޮތުން ބައިވެރިވުން. ގިނަ މުޢަމަލާތް ހިންގާ ފަރާތަކަށް ވުން. ގިނައިން ގާތުގައި އުޅުން ނުވަތަ އެކުގައި އުޅުން. ފިކުރުގައި އެއްޗަކާ ނުވަތަ ގުޅިފައި ވުން.
associate
އެސޯސިއޭޓް (ނ) 1. ރައްޓެއްސެއް؛ އެކުގައި އުޅޭ މީހެއް؛ ބައިވެރިއެއް. 2. ޖަމްޢިއްޔާގެ ދަށު ދަރަޖައިގެ މެންބަރެއް. މިފަދަ މެންބަރަކަށް ފުރަ މެންބަރެއްގެ ޙައްޤުތަކެއް ނުލިބެއެވެ.
association
އެސޯސިއޭޝަން (ނ) 1. ޖަމްޢިއްޔާ؛ ރާބިތާ؛ އެއް މަޤްޞަދެއްގައި އެކުއުޅޭ ބައެއް؛ 2. ގުޅުން. 3. ފިކުރީ ގޮތުން ދެއެއްޗެއް (މ. ޚިޔާލެއް) ގުޅުން. މިސާލަކަށް ކަނޑާއި މަސް ގުޅޭ ފަދައިން.
assonance
އެސޮނަންސް (ނ) ބަސްތަކުގެ ފިލި އެއްގޮތްވުން (ކާފިޔާ ހަމަވުމާ ޚިލާފަށް މިގޮތުގައި އަކުރުތައް އެއްގޮތްވާކަށް ނުޖެހެއެވެ. މ. މަނު، ކަރު)
assorted
އެސޯރޓިޑް (ނއ) އެތައް ބާވަތެއްގެ އެއްޗިހި ހިމެނިފައިވާ؛ އެއްގޮތް ނުވާ ނުވަތަ މިޒާޖު ނުގުޅޭ.
assortment
އެސޯރޓްމަންޓް (ނ) އެތައް ބާވަތެއްގެ އެއްޗިހި ހިމެނިގެން އެކުލެވިފައިވާ އެއްޗެއް.
assuage
އެސުއޭޖް (ކ) ކަމަކަށް ލުޔެއް ގެނެސް ދިނުން (މ. ފެންބޮވައި ގަތުމަށް). ނުތަނަވަސްކަން ގެނެސްދޭ ކަމެއް ލުއިކޮށްލަ ދިނުން.
assume
އެސޫމް (ކ) 1. ހެކި ނުވަތަ ސަބަބުނެތި ތެދުކަމަށް ބަލައިގަތުން؛ ކަމެއް ވުމުގެ ކުރިން ހެއްކެއް ނެތި އެކަމެއް ވެދާނެ ކަމަށް ނިންމުން. 2. ޒިންމާއެއް ނެގުން. 3. ކަމެއްގެ ސިފަ ގެނައުން (މ. ސީރިއަސް ކަމަށް ހެދުން).
assuming
އެސޫމިންގ (ނއ) ބާރެއްނެތި މާ މަތީ މީހަކަށް ވެގެން އުޅުން.
assumption
އެސަމްޕްޝަން (ނ) ހެކި ނުދެއްކޭ، ސަބަބު ނުދެއްކޭ ނަމަވެސް ތެދުކަމަށް ހީކުރެވޭ ކަމެއް. ވާނެކަމަށް ދަލީލެއްނެތި ޤަބޫލު ކުރާ ކަން.
assurance
އެޝުއަރަންސް (ނ) 1. ޢަހުދު؛ އިތުބާރު އުފެއްދުމަށްޓަކައި ރަސްމީ ގޮތެއްގައި ކުރެވޭ އިޢުލާނު ނުވަތަ އެއްބަސްވުން. 2. ބާވަތެއްގެ ލައިފް އިންޝުއަރެންސެއް. މިފަދަ އިންޝުއަރެންސެއްގައި މީހާ މަރުވުމުން ނުވަތަ ބަލިވުމުން އިންޝުއަރެންސް ކުންފުނިން ކަޑައެޅިފައިވާ ފަރާތަކަށް ފައިސާ ދޭނެއެވެ. 3. އަމިއްލަ ނަފުސަށް އޮންނަ އިތުބާރު.
assure
އެޝުއަރ (ކ) 1. ވަޢުދުވުން؛ ޔަޤީންކަމާއެކު އިޢުލާނު ކުރުން ނުވަތަ ބުނުން. 2. ކަށަވަރު ކުރެވޭނެ ގޮތް ހެދުން. 3. ލައިފް އިންޝުއަރެންސް އެއް ނެގުން. (މަތީގައިވާ ލަފުޒު ބަލާ).
assured
އެޝުއާރޑް (ނއ) 1. ނަފްސަށް އިތުބާރާއި ޔަޤީންކަން އޮންނަކަން ދައްކާ؛ ޔަޤީންކަމާއެކު ހޯދިދާނެ ނުވަތަ ހާސިލުކުރެވިދާނެ؛ ކަށަވަރު. 2. އިންޝުއަރެންސް ގެ ސަބަބުން ފައިސާ ލިބޭގޮތަށް ހަމަޖެހިފައިވާ.
aster
އެސްޓަރ (ނ) ބަގީޗާގަހެއް. މިގަހުގައި ތަފާތު ކުލަކުލައިގެ ޑޭޒީމާ ފަދަ މައު އަޅައެވެ.
asterisk
އެސްޓެރިސްކް (ނ) ލިޔުމުގައި ވަކި ތަނަކަށް ނުވަތަ އިބާރާތަކަށް ހަވާލާ ދިނުމަށް ނުވަތަ ސަމާލުކަން ދިނުމަށް ބޭނުންކުރާ ނިޝާނެއް: * (ކ) މި ފަދަ ނިޝާނަކުން ފާހަގަ ކުރުން.
astern
އެސްޓާރން (ކއ) އުޅަނދެއްގެ ފަހަތުކޮޅުގައި ނުވަތަ ކޮޅުފަސްކޮޅުގައި ނުވަތަ ފަހަތާ ގާތުގައި.
asteroid
އެސްޓަރޮއިޑް (ނ) އިރު ވަށައިގެން އެނބުރޭ ކުދި ގުރަހަލި؛ ޚާއްޞަކޮށް މާރސް އާއި ޖުޕިޓަރާ ދެމެދު އެނބުރޭ ބޮޑެތި ގާތަކެއްފަދަ ގުރަހަލިތައް؛ ކަވާކިބު
asthma
އެޒްމާ (ނ) ނޭވާލުމަށް އުނދަގޫވާ ދިގުލާ ބައްޔެއް؛ ނޭވާ ހިއްލުން. (ނއ) އެޒްމެޓިކް asthmatic ނޭވާ ހިއްލާ. (ކއ) asthmatically
astigmatism
އެސްޓިގްމެޓިޒަމް (ނ) ތަކެތި ސާފުކޮށް ފެނުމަށް ހުރަސްއަޅާ ލޮލުގެ ބައްޔެއް. މި ބަލި ޖެހުމުން ނުސާފުވަނީ ވަކި ދިމަދިމާއިން އަންނަ އައްޔެވެ. (ނއ) astigmatic (ކއ) astigmatically
astir
އެސްޓަރ (ނއ، ކއ) ޙަރަކާތުގައި؛ ހުއްޓިނެތް.
astonish
(އެސްޓޮނިޝް (ކ) ވަރަށް ބޮޑަށްވާ ހައިރާން. (ނ astonishment
astound
އެސްޓައުންޑް (ކ) ހައިރާން ކުރުވައިގެން ޝޮކު ކުރުވުން. ޝޮކު ކުރުވުމަކީ ހަދާނެ ގޮތް ހުސްވާފަދަ ގޮތަކަށް ކުއްލި ނުތަނަވަސް ކަމެއް ދިނުމެވެ.
astrakhan
އެސްޓްރަޚާން (ނ) (ތޮފި ފަދަ ތަކެތި ހަދަން ބޭނުން ކުރާ) ދެކުނު ރަޝިޔާގެ ކަންބަޅިން ނަގާ ކެހެރިއެއް .
astral
އެސްޓްރަލް (ނއ) ތަރިތަރުގެ؛ ތަރިތަކުން. ނަޖުމީ.
astray
އެސްޓްރޭ (ނއ، ކއ) ރަނގަޅު މަގުން އެކަހެރިވެފައި؛ މަގުފުރެދިފައި.
astride
އެސްޓްރައިޑް (ކއ، ޕޕ) 1. ފައި ދުރުކޮށްގެން. 2. ދެފައި ދެފަރާތަށް ލައިގެން.
astringent
އެސްޓްރިންޖެންޓް (ނއ) ހަށިގަނޑުގެ ހަން ނުވަތަ މަސް ކުރުކުރުވާ؛ ރުޅިއަރުވަން ނުވަތަ ނަފުރަތު ކުރުވާ ފަދަ ގޮތަކަށް ވާހަކަ ދައްކާ ނުވަތަ ލިޔާ. (ނއ) astringency
astrologer
އެސްޓްރޮލޮޖަރ (ނ) ނުޖޫމީ ޢިލްމުގެ މާހިރެއް. މުނައްޖިމް.
astrology
އެސްޓްރޮލޮޖީ (ނ) ވަގުތާއި ތަރިތަކާއި ގުރަހަލިތަކުގެ މައްޗަށް ބިނާކޮށް ވި، ވާ، ވާނޭ ކަންތައްތައް ބުނުމާބެހޭ ޢިލްމު. ނުޖޫމީ ޢިލްމު. ތަންޖީމު. (ނއ) astrological (ކއ) astrologically
astronaut
އެސްޓްރޮނޯޓް (ނ) ސްޕޭސް ނުވަތަ ފަޒާގައި ދަތުރުކުރާ އުޅަނދު ދުއްވަން ދަންނަ މީހެއް.
astronautics
އެސްޓްރޮނޯޓިކްސް (ނ) ފަޒާގައި ދަތުރުކުރުމާ ބެހޭ ސައިންސާއި ޓެކްނޮލޮޖީ އާ ބެހޭ ޢިލްމް.
astronomer
އެސްޓްރޮނޮމަރ (ނ) ފަލަކުގެ ޢިލްމުވެރިޔާ.
astronomical
އެސްޓްރޮނޮމިކަލް (ނއ) ފަލަކުގެ ޢިލްމާބެހޭ؛ ފަލަކީ.
astronomy
އެސްޓޮރޮނޮމީ (ނ) ފަލަކުގެ ޢިލްމު. ތަރިތަކާއި ގުރަހަލި ތަކާ އޭގެ ދައުރުވުމާ ބެހޭ ޢިލްމު.
astute
އެސްޓިއުޓް (ނއ) ޚާއްޞަކޮށް އަމިއްލަ ފައިދާއަށް ޓަކައި، ޙިކުމަތްތެރި. ތިމާއަށް ލާބައެއް ލިބޭނެގޮތް ފަސޭހައިން ދެނެގަންނަ. މާކިރު. (ކއ) astutely (ނ) astuteness
asunder
އެސަންޑަރ (ކއ) ބައިބަޔަށް؛ ވަކި އެތިކޮޅުތަކަކަށް (މ. އިރާލުން).
އެސައިލަމް (ނ) asylum
ސަލާމަތާއި ރައްކާތެރިކަން. ސަލާމަތާއި ރައްކާތެރިކަން ލިބޭ ތަނެއް؛ މަލާޒު.
asymmetrical
އެސިމެޓްރިކަލް (ނއ) ދެފަރާތް ނުވަތަ ދެކޮޅު އެއްގޮތް ނޫން. (ކއ) asymmetrically
asynchronous
އެސިންކްރޮނަސް (ނއ) އެއް ހިދަކު (ކަމެއް) ވާ. އެއް ބާރު މިނެއްގައި ނުވަތަ ދުރުމިނެއްގައި (ކަމެއް) ވާ. (ކއ) asynchronously
at
އެޓް (ޕޕ) 1. ހާލަތު ނުވަތަ މަޤާމު އަންގައިދޭ. (މ. at home ގޭގައި) 2. އުމުރު، އަގު ނުވަތަ ސައިޒު އަންގައިދޭ. 3. ސަބަބު އަންގައިދޭ 4. މިސްރާބު އަންގައިދޭ.
atavistic
އެޓެވިސްޓިކް (ނއ) އާދަކާދައިގެ ސަބަބުން ކުރާ؛ މިހާރަށް ބޭނުންވެގެން ނުވާ ނުވަތަ އެގޮތަށް ކުރުމަށް ކަޑައެޅިގެންނޫން ގޮތަށް ކުރާ (މ. ކަންތައްތައް).
ate
އޭޓް (ކ) eat ފާއިތުވީ ޒަމާނަށް ނިސްބަތްކޮށް ބުނާގޮތް.
atheist
އޭތިއެސްޓް (ނ) ކަލަކު ވާކަމަށް ގަބޫލު ނުކުރާ މީހެއް. މުލްހިދު. (ނ) atheism (ނއ) atheistic
athlete
އެތްލީޓް (ނ) ކަސްރަތާ ބެހޭ މުބާރާތްތަކުގައި ވާދަކުރާ މޮޅު މީހެއް؛ ކުޅިވަރާއި ކަސްރަތަށް ކުޅަދާނަ މީހެއް.
athletic
އެތްލެޓިކް (ނއ) 1. ކަސްރަތުގައި މޮޅު މީހަކަށް ނިސްބަތްކޮށް. 2. ހަށިގަނޑުގައި ރަނގަޅަށް ހަރު މަސްޖަހާފައިވާ، ޙަރަކާތްތެރި، ވަރުގަދަ. (ކއ) athletically athletics ކަސްރަތު، ޚާއްޞަކޮށް ދުވުމާއި ފުންމުން.
atlas
އެޓްލަސް (ނ) ޗާޓު ހިމެނޭ ފޮތެއް.
atmosphere
އެޓްމޮސްފިއަރ (ނ) 1. ޖައްވު؛ ދުނިޔެ ނުވަތަ އެހެންފަދަ ގުރަހައްޔެއް ނުވަތަ ތަރިއެއް ވަށައިގެންވާ ގޭސްތައް. 2. ކޮންމެ ތަނެއްގައިވެސް ހިމެނޭ ވައި. 3. މާހައުލު. 4. ފިއްތުން މިނަން ގެންގުޅޭ ވަޒަނެއް. އެއް އެޓްމޮސްފިއަރަކީ ޖައްވުގައި ހުންނަ ވައިން ކަނޑުގައި ސަތަހަ އަށް އޮބޭ މިންވަރެވެ. (ނއ) atmospheric ޖައްވީ.
atmospherics
އެޓްމޮސްފެރިކްސް (ނ) 1. ވިދުމުގެ ސަބަބުން ނުވަތަ މިފަދަ ސަބަބަކާހެދި ރޭޑިޔޯ ފަދަ ކަރަންޓް މުވާޞަލާތީ އެއްޗިއްސަށް އަރާ އަޑު. 2. މިފަދަ އަޑު ޖައްވުގައި އުފެދޭ ސަބަބުތައް.
atoll
އެޓޯލް (ނ) މާފުން ނޫން ކަނޑެއް މެދުގައި ހިމެނޭ ވަށްބުރެއް ފަދައިން ވަށާޖެހޭ ގޮތަށް އޮންނަ ފަރު؛ އަތޮޅު.
atom
އެޓޮމް (ނ) ޒައްރާ؛ ޒައްރު؛ ކީމިޔާ އުންސުރެއް އެންމެ ކުޑަކުރެވޭ ބައި.
atomic
އެޓޮމިކް (ނއ) ޒައްރަކަށް ނިސްބަތް ކުރެވޭ. atomic bomb އާއްމުކޮށް ޔުރޭނިއަމް ކިޔާ އުންސުރެއްގެ ޒައްރުތައް ބައިކޮށްގެން އުފައްދާ ވަރަށް ބާރުގަދަ ގޮވާ އެއްޗެއް. atomic energy އާއްމުކޮށް ޔުރޭނިއަމް ކިޔާ އުންސުރަކުން އުފައްދާ ހޫނު. މި ހޫނު އެކި ބާވަތް ބާވަތުގެ ހަކަތައަށް ބަދަލު ކުރެއެވެ.
atomize
އެޓޮމައިޒް (ކ) ކުދި އެތިކޮޅުތަކަކަށް ނުވަތަ ޒައްރާތަކަކަށް ކުޑަކޮށްލުން. (ނ) atomization (ނ) atomizer ދިޔާ ތަކެތި ކުދިކުދި ތިކިތަކަކަށް ބަދަލުކުރާ އެއްޗެއް.
atonal
އެޓޯނަލް (ނއ) މިޔުޒިކުގެ ބާވަތެއް (ވަކި ފްރީކްއެންސީއަކަށް (ކީ އަކަށް) ނުވަތަ ސްކޭލަކަށް ލިޔެފައިނުވާ).
atone
އެޓޯން (ކ) އުނިކަމަކަށް ނުވަތަ ކުށަކަށް ނުވަތަ ކުރެވިފައިވާ ފާފައަކަށް ބަދަލުދިނުން (ބަދަލުގައި ކަމެއް ކުރުން)؛ ކައްފާރާ ދިނުން. (ނ) atonement
atrocious
އެޓްރޯޝަސް (ނއ) ވަރަށް އަނިޔާވެރި، ރަޙުމްކުޑަ. ނުރަސްމީ ބަހުރުވައިގައި ނުރުހެވޭ ނުވަތަ ވަރަށް ނުބައި. (ކއ)atrociously
atrocity
އެޓްރޮސިޓީ (ނ) 1. ނުބައި ނުލަފާކަން. މިފަދަ ޢަމަލެއް. 2. ވަރަށް ނަފުރަތު ކުރެވޭ ކަމެއް.
atrophy
އެޓްރޮފީ (ނ) ބޭނުން ނުކުރުމުގެ ސަބަބުން ނުވަތަ ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން (މ. މަސް) ވިރިގެން، ނެތިގެން ދިއުން. (ކ) މިގޮތަށް ވިރިގެން ދިއުން.
attaboy
އެޓަބޯއި (އިންޓަރޖެކްޝަން) އެމެރިކާގެ ބަހުރުވައިގައި ރަނގަޅު ކަމެއް ކުރުމުގެ ސަބަބުން ދޭ ސާބަހެއް ނުވަތަ ހިތްވަރު ދިނުމެއް.
attach
އެޓޭޗް (ކ) 1. އެއްޗަކާ ގުޅުވުން. 2. މެންބަރެއްގެ ގޮތުން ނުވަތަ ރައްޓެއްސެއްގެ ގޮތުން ބައިވެރިވުން؛ މީހަކު ވަކި ގްރޫޕަކަށް ހަމަޖެއްސުން. 3. ކަމަކަށް ނިސްބަތް ކުރުން (މ. އަހަރެން ރާއެރުމަށް މުހިއްމުކަން އެޓޭޗް ކުރަމެވެ). 4. ނަފްސާނީ ގޮތުން ގުޅުން. 5. ދަރަންޏެއް ނުދެއްކުމުގެ ސަބަބުން ޤާނޫނީ ގޮތުން މީހެއްގެ މުދާ އަތުލުން.
attache
އެޓަޝޭ (ނ) ސަފީރަކަށް ވަކި ކަމެއްގައި އެހީތެރިވެދޭ މީހެއް. attaché case ތަފާތު ވައްތަރުގެ ވިޔަފާރިއާ ބެހޭ ލިޔުންލާ ހަތަރެސްކަން ކުޑަ ފޮށްޓެއް.
attached
އެޓޭޗްޑް (ނއ) 1. ގުޅިފައި، ގުޅުވާފައި. 2. ލޯބީގެ ގޮތުން ގުޅިފައި.
attachment
އެޓޭޗްމަންޓް (ނ) 1. ގުޅާފައިވާ އެއްޗެއް. 2. އެއްކޮށްފައިވާ އިތުރުބައެއް. 3. ލޯބި.
attachment earnings ދަރަނިވެރިވެފައިވާ މީހަކަށް ލިބެން ހުރި ފައިސާއެއް ދަރަނި އަދާ ކުރުމަށްޓަކައި އޭނާއަށް ލިބުމުގެ ކުރިން ޤާނޫނީ ގޮތުން ހޯދުން .
attack
އެޓެކް (ކ) 1. ތަޅާފޮޅުމެއް، ހަމަލާއެއް ފެށުން. 2. އަނިޔާވެރިކޮށް ޙަރަކާތްތެރިވުން. 3. ވަރަށް ބޮޑަށް ކުށްހޯދުން. 4. އެއްޗެއް އަނެއްކައްޗަކަށް ބޮޑަށް އަސަރު ކުރާ ގޮތަކަށް މަސައްކަތް ކުރުން. (މ. ރާހުތް ހިރިއަކަށް އެޅީމާ ވާގޮތަށް). (ނ) 1. އަނިޔާއެއް ދިނުމަށް ފަށާ ޙަރަކާތެއް. 2. ކަމަކާ ދޭތެރޭ ހޯދާ ކުށް. 3. ކުއްލިއަކަށް ވާ ބަލި. (ނ) attacker
attain
އެޓެއިން (ކ) ކަމެއް ކުރުމުގައި ނުވަތަ ހޯދުމުގައި ކާމިޔާބުވުން ނުވަތަ ކާމިޔާބު ހޯދުން.
attainable
އެޓެއިނަބްލް (ނ) ޙާޞިލް ކުރެވޭ/ކުރެވިދާނެ.
attainment
އެޓެއިންމަންޓް (ނ) 1. ކަމެއް ކުރުމުގައި ނުވަތަ އެއްޗެއް ހޯދުމުގައި ވެފައިވާ ކާމިޔާބު. 2. ތިމާ އަމިއްލައަށް ޙާޞިލް ކުރާ ކަމެއް.
attar
އެޓަރ (ނ) އަތަރު؛ މާމަލުން އުފައްދާ މީރުވަސް ދުވާ ތެލެއް.
attempt
އެޓެމްޕްޓް (ކ) ކަމެއް ޙާޞިލް ކުރުމަށް މަސައްކަތް ކުރުން. (ނ) ކަމެއް ޙާޞިލް ކުރަން ކުރެވޭ މަސައްކަތް.
attend
އެޓެންޑް (ކ) 1. މީހެއްގެ ޚިޔާލު، ސަމާލުކަން ނުވަތަ ފިކުރު ވަކި ކަމަކަށް އަމާޒު ކުރުން. 2. އަޅާލުން. 3. ހާޒިރުވުން؛ ޢާއްމުކޮށް ތަނަކަށް ދިއުން. 4. އެޓެންޑަންޓް (ތިރި ބަލާ!) އެއްގެ ގޮތުގައި އެކުގައި ދިއުން.
attendance
އެޓެންޑެންސް (ނ) 1. ތަނަކަށް ހާޒިރުވާ ހާޒިރުވުން. 2. ހާޒިރުވެ ތިބި މީހުންގެ ޢަދަދު.
attendant
އެޓެންޑެންޓް (ނ) 1. އެހީތެރިވާން ކައިރީގައި އުޅޭ މީހެއް. (ނއ) އެކުގައިވާ؛ ގުޅޭ.
attention
އެޓެންޝަން (ނ) 1. ސަމާލުކަން؛ ފިކުރީ ސަމާލުކަން؛ މީހެއްގެ ވިސްނުން ކަމަކަށް އަމާޒުކުރާ ކުރުން. 2. ވާނުވާ އެގޭ އެގުން. 3. އަޅާޅުން. 4. ސިފައިންގެ މީހެއް، ސަމާލުވެގެން ހުންނަ ގޮތް: ހަށިގަނޑު ތެދަށް، އަތް ތިރިކޮށްގެން. (އިންޓަރޖެކްޝަން: ގޮވާލުން) ސަމާލުކަމަށް އެދި ނުވަތަ ސިފައިން ސަމާލުވެގެން ހުންނަ ގޮތަށް ހުރުމަށް ގޮވާ ގޮވުން. attentiveness މީހަކު އަނެކާއަށް ކޮށްދޭ އަޅާލުމުގެ ކުދިކުދި ޢަމަލުތައް.
attentive
(އެޓެންޓިވް (ނއ) 1. ހުޝިޔާރުވެގެން؛ ސަމާލުވެގެން. 2. އިޙްތިރާމް ކުރުމުގެ ގޮތުން ނުވަތަ އެހެންވެސް ސަބަބަކާ ހެދި އަނެކާއަށް އަޅާލައިގެން ހުންނަ. (ކއ attentively (ނ) attentiveness
attenuate
އެޓެނުއޭޓް (ކ) 1. ހިމަ/ތުނި ކުރުން. 2. އެއްޗެއްގެ ބާރު ދަށްކުރުން. (ނ) attenuation
attest
އެޓެސްޓް (ކ) 1. ސާފު ހެކި ދެއްކުން. 2. ތެދުކަމަށް ނުވަތަ ޙަޤީޤީ އެތި ކަމަށް އިޢުލާނު ކުރުން ނުވަތަ ރަސްމީގޮތެއްގައި ފާޅުކުރުން ނުވަތަ ސާބިތުކުރުން (ނ) attestation
attire
އެޓަޔަރ (ނ) ރަސްމީ ބަހުރުވައިގައި ހެދުން ނުވަތަ އަންނައުނު. (ކ) ހެދުން އެޅުން.
attitude
އެޓިޓިއޫޑް (ނ) 1. އެއްޗަކާ ނުވަތަ ކަމަކާ ދޭތެރޭ ޚިޔާލު ހުންނަގޮތުން މީހެއްގެ ޢަމަލުތައް ހުންނަގޮތް؛ ފިކުރުކުރާ ނުވަތަ އުޅޭ ގޮތް؛ ކަންތައްތަކާ މެދު ދެކޭ ގޮތް؛ 2. ހަށިގަނޑު ގެންގުޅޭ ގޮތް (ޚާއްޞަކޮށް އެހެން މީހުންނާ މުޢާމަލާތް ކުރާގޮތް.) ރަވައްޔާ
attorney
އެޓަރނީ (ނ) ވަކީލު؛ ވިޔަފާރީގެ ނުވަތަ ޤާނޫނީ މައްސަލަ ތަކާ ގުޅޭގޮތުން މީހެއްގެ ބަދަލުގައި އައްޔަނު ކޮށްފައިވާ މީހެއް.
attract
އެޓްރެކްޓް (ކ) 1. ނުފެންނަ ބާރެއްގެ ސަބަބުން އެއްޗަކާ ކައިރިއަށް ގެނައުން؛ ދެމުން. 2. ސަމާލުކަން ހޯދުން. 3. އުފާ ނުވަތަ ޝައުޤުވެރިކަން މަތިކުރުން.
attraction
އެޓްރެކްޝަން (ނ) 1. ދެމުން. 2. އެއްޗެއް ”އެޓްރެކްޓް“ (މަތި ބަލާ!) ކުރުމުގެ ބާރު ލިބިގެންވާ. 3. ސަމާލުކަން ނުވަތަ ޝައުޤުވެރިކަން ހޯދައިގަންނަ ބާރު ހުންނަ އެއްޗެއް.
attractive
އެޓްރެކްޓިވް (ނއ) ޖާޒުބިއްޔަތު ހުރި؛ ދެމުމުގެ ބާރު ހުރި؛ ސިފަ ހިތްގައިމު؛ ކުރާ އަސަރު ހިތްގައިމު. (ނ) attractiveness (ކއ) attractively
attribute
އެޓްރިބިއުޓް (ކ) އެއްޗެއްގެ އުފެދުމާއި ނުވަތަ އެ އެއްޗަކާ ގުޅިފައިވާ ކަމަށް ބެލުން؛ ނިސްބަތް ކުރުން. (މ. މިޅެން ’އެޓްރިބިއުޓް‘ ކުރެވެނީ މުޙައްމަދަށެވެ: މިޅެން އުފެއްދީ މުޙައްމަދެވެ.) (ނ) attribution (ނއ) attributable
attribute
އެޓްރިބިއުޓް (ނ) 1. އެއްޗެއްގައި ނުވަތަ މީހެއްގެ ކިބައިގައި ހުންނަ ޠަބީޢީ ސިފައެއް؛ ސިފަ. 2. އެއްޗެއްގެ ނުވަތަ މީހެއްގެ ކިބައިގައި ހުންނަންޖެހޭ/ހުންނަ ސިފައެއް .
attributive
އެޓްރިބިއުޓިވް (ނއ) ނަމަކަށް އިތުރު ސިފައެއް ގެނައުމުގެ ގޮތުން ނަމުގެ ކުރީގައިވާ ލަފުޒު. (މ. ’މުސްކުޅި ބުޅާ‘ ގައި މުސްކުޅި( (ކއ) attributively
attrition
އެޓްރިޝަން (ނ) 1. އުގުޅައިގެން އެއްޗެއް ގޭނުން ނުވަތަ ކޮނުން. 2. ހަނގުރާމައެއްގެ އިދިކޮޅު ބާރު ދަށް ކުރުމަށް ލަސްލަހުން ނަމަވެސް ހުއްޓުމެއްނެތި ދަތިކުރަމުން ދިއުން.
aubergine
އޯބަރޖީން (ނ) 1. ދަނބުކުލައިގެ ބަށި. 2. މިކުލަ.
aubrietia
އޯބްރީޝާ (ނ) ބަހާރު މޫސުމުގައި ދަނބު/ވައިލެޓު ކުލައިގެ މައުއަޅާ ގެއްސެއް.
auburn
އޯބާރން (ނއ) (އިސްތަށީގެ) ރަތް މުށި ކުލަ.
auction
އޯކްޝަން (ނ) އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަކަށް ތަކެތި ވިއްކާ އެންމެންނަށް ބައިވެރިވެވޭ ވިއްކުމެއް. ނީލަން. (ނ) ނީލަން ކިޔުން. (ނ) auctioneer ނީލަން ކިޔާ މީހާ.
audacious
އޮޑޭޝަސް (ނއ) ބިރު ކުޑަ؛ ޖެހިލުން ކުޑަ، ޚާއްޞަކޮށް އާދަކާދައާ އިދިކޮޅަށް ކަމެއް ކުރަން ޖެހިލުންކުޑަ/ހަޔާތްކުޑަ. (ކއ) audaciously (ނ) audacity
audible
އޯޑިބްލް (ނއ) އިވޭހާ އަޑު ގަދަ. (ކއ) audibly (ނ) audibility
audience
އޯޑިއަންސް (ނ) 1. އެއްޗެއް އަޑުއަހަން ނުވަތަ ބަލަން އެއްވާ ރެސް؛ ހާޒިރީން. 2. އިވޭ ހިސާބުގައިވާ މީހުން. 3. މުހިއްމު މީހަކާ އެކު ކުރެވޭ ޚިޔާލު ބަދަލު ކުރުމެއް.
audio
އޯޑިއޯ (ނ) 1. އެހެން ވަގުތަކު އަދި ތާކު ކޮންމެވެސް ސާމާނެއް ބޭނުން ކޮށްގެން ގެންނަ ނުވަތަ އިވޭ ކުރީގެ އަޑުތައް. 2. އެގޮތަށް އަލުން އަޑު ނެރޭ ނެރުން.
Audio-visual
އޯޑިއޯވިޜުއަލް (ނއ) ކިޔަވައިދޭން ބޭނުން ކުރާ ތަކެއްޗާބެހޭ ގޮތުން އަޑާއި މަންޒަރު ހިމެނޭ.
audit
އޯޑިޓް (ނ) ރަސްމީގޮތުން ހިސާބުތައް ރަނގަޅުތޯ ޗެކުކުރުމަށް ބަލާ ބެލުން. (ކ) މިމަޤްޞަދަށްޓަކައި ކަމެއް ބެލުން.
audition
އޮޑިޝަން (ނ) 1. ތަމްސީލުކުޅެން ނުވަތަ ފިލްމު ކުޅެން ބޭނުންވާ މީހެއްގެ ހުނަރުވެރިކަން ބަލާލުމުގެ ގޮތުން ބައެއް ކަންކަން ކުރުވުން. 2. މިގޮތަށް ކުރެވޭ އިމްތިޙާނު.
auditor
އޮޑިޓަރ (ނ) އޮޑިޓް ނުވަތަ ހިސާބުތައް ރަނގަޅުތޯ ޗެކް ކުރާމީހާ.
auditorium
އޮޑިޓޯރިއަމް (ނ) ތަމްސީލެއް ފަދަ އެއްޗެއް ބަލަން ނުވަތަ އެއްޗެއް އަޑުއަހަން ޢިމާރާތެއްގައި މީހުން އިށީދެގެން ތިބޭތަން.
auger
އޯގަރ (ނ) ލަކުޑީގައި ލޯވަޅު ތޮރުފަން ގެންގުޅޭ އާލަތެއް. ފޮނުމަތް.
augment
އޯގްމަންޓް (ކ) ބޮޑުކުރުން؛ އެއްޗަކަށް އެއްކުރުން. (ނ) augmentation
au gratin
އޯ ގްރަޓިން (ނއ) ފާރޮށިކުނޑި ނުވަތަ/އާއި ޗީޒް ބޭރުގައި އުނގުޅައިގެން ފިހެފައި. މިއީ ބައެއް ބާވަތުގެ ކާނާގެ ބޭރު ފަރާތަށް ކުރާ ކަމެކެވެ.
augur
އޯގަރ (ކ) މުސްތަޤްބަލްގައި ވާން ހުރި ކަމެއްގެ ނިޝާނަކަށް ވުން؛ ކަމެއް ވުމުގެ ނިޝާނަކަށް ވުން. ކަމެއް ވުމުގެ ކުރިން އެކަން ވާނެކަން ލަފާކޮށް ބުނުން؛ (ނ) ވާން ހުރި ކަންތައް ބުނާ މީހާ.
august
އޮގަސްޓް (ނއ) ހައިބަތު ހުރި.
auk
އޯކް (ނ) އުތުރުގެ ސަރަހައްދު ތަކުގައި ދިރިއުޅޭ ފީނާ ދޫންޏެއް. މިދޫނީގެ ފިޔަގަނޑު ވަރަށް ކުޑަވާނެއެވެ.
auld lang syne
އޯލްޑް ލޭން ޒަން/ސައިން (ނ) މާޒީގެ ދުވަސްތަކަށް މިހާރު ނިސްބަތްކުރާ ޢިބާރާތެއް. ކުރިން މިއީ ޅެމެކެވެ. އިހުގެ ދުވަސްތައް.
aunt
އާންޓް (ނ) މަންމަ ނުވަތަ ބައްޕަގެ ދައްތަ ނުވަތަ އަންހެން ކޮއްކޮ. ބޮޑު ދައިތަ. އިނގިރޭސި ބަހުގައި މަންމަ ނުވަތަ ބައްޕަގެ ފަހަރިއަށް ވެސް މިހެން ކިޔައެވެ. ބައެއް ފަހަރު މި ސްޕެލިންވެސް ބޭނުން ކުރެއެވެ: aunty
au pair
އޯ ޕެއަރ (ނ) ކެއުމާއި އުޅޭނެ ތަނެއް ދޭގޮތަށް ގޭގައި އެހީވާން އުޅޭ ބިދޭސީ (ކިޔަވާ އަންހެން) ކުއްޖެއް.
aura
އޯރާ (ނ) މީހެއްގެ ވަށައިގެން އުފެދޭ މާޙައުލު. މި މާޙައުލުގެ އަޞްލަކީ މީހާގެ ފަރާތުން އަންނަ އަސަރެއް/އައްޔެއް ކަމަށް ބެލެވެއެވެ.
aural
އޯރަލް (ނއ) ކަންފަތުގެ؛ އިވުމުގެ. (ކއ) aurally
au revoir
އޯ ރެވަރ (ނ) އަލްވަދާޢު؛ ދެން ބައްދަލުވަންދެން ވަކިވަނީކަން ބުނަން ބޭނުންކުރާ ކަލިމައެއް.
aurora
އައުރޯރާ (ނ) އުތުރާއި ދެކުނުގެ ސަރަހައްދު ތަކުގެ އުޑުން އިރު އޮއްސުމަށްފަހު ފެންނަ ފުޅާ އަލި ދޯދި ތަކެއް. މިއަލި އުފެދެނީ ހަވާގައި ހުންނަ ކަރަންޓެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.
auspicious
އޮސްޕިޝަސް (ނއ) ކާމިޔާބުގެ އިޝާރާތްތަކާއި ނިޝާންތައް ދައްކާ (މ. ދުވަސް)؛ ވަގުތުގެ ގޮތުން ނުވަތަ ސާޢަތުގެ ގޮތުން ސުބު (ޝުބު) ނުވަތަ ހެޔޮ ނުވަތަ މަންފާހުރި، ބާއްޖަވެރި، މައިމޫން.
austere
އޮސްޓިއަރ (ނއ) ޒީނަތަށް، އަރާމަށް ބޭނުންވާ ކަންތައްތައް ނުހިމެނޭ؛ ސާދާ ވަރަށް އާދައިގެ. (މ. ދިރިއުޅުން؛ ގެދޮރު). (ކއ) austerely
austerity
އޮސްޓެރިޓީ (ނ) ފަރުމާކުރުމުގައި ހިމެނޭ ސާދާކަން؛ ކޮންމެހެން ބޭނުން ނުވާ ކަންތައްތަކުން ނުވަތަ އެއްޗެތި ހިމެނިގެން ނުވުން؛ ދަތިކަމުން ނުވަތަ އެހެންވެސް ސަބަބަކާހުރެ ކޮންމެހެން ބޭނުންވާ ތަކެތި ހޯދައިގެން އުޅޭ ޙާލަތެއް
authentic
އޯތެންޓިކް (ނއ) އަޞްލު؛ ޙަޤީޤީ؛ ކޮޕީކޮށްފައި ނުވާ؛ ނަކަލެއްގެ ގޮތުގައި ހަދާފައި ނުވާ؛ ތެދުކަން ޔަޤީންވާ؛ މުޢުތަބަރު؛ ޙަޤީޤީ (ނ) authenticity
authenticate
އޯތެންޓިކޭޓް (ކ) އެއްޗެއްގެ ޞައްޙަކަން ކަށަވަރު ކުރުން. (ނ) authentication
author
އޯތަރ (ނ) 1. ފޮތެއް، ފަތެއް ފަދަ އެއްޗެއް އެކުލަވާލާ ފަރާތް. މުސައްނިފު. 2. ސިޔާސަތެއް ގަވާއިދެއް ފަދަ އެއްޗެއް އެކުލަވާލާ ފަރާތް. އަންހެނެއްނަމަ authoress
authoritarian
އޮތޮރިޓޭރިއަން (ނއ) ޒާތީ މިނިވަންކަމަށް ތަރުޙީބު ނުދީ ހުރިހާ ކަމެއްގައި ވެރިކަމުގެ ބާރަށް ބޯލަންބާ. (ނ) މި އުޞޫލަށް ތާޢީދު ކުރާ މީހެއް.
authoritative
އޮތޮރިޓޭޓިވް (ނއ) އޮތޯރިޓީ [ތިރި ބަލާ!] ލިބިފައިވާ ނުވަތަ ބޭނުންކުރާ. (ކއ) authoritatively
authority
އޮތޯރިޓީ (ނ) 1. އަމުރު ކުރުމުގެ ނުވަތަ އެހެން މީހުން ތަބަޢަވުމުގެ ނުވަތަ ވަކި ޢަމަލެއް ހިންގުމުގެ ބާރު. 2. މިބާރު ލިބިގެންވާ މީހެއް ނުވަތަ ބައެއް. 3. ވަކި ކަމެއްގެ ޢިލްމު ލިބިގެންވާ މީހެއް؛ ޞައްޙަ މަޢުލޫމާތު ލިބޭ ފޮތެއް.
authorize
އޮތޮރައިޒް (ކ) 1. މީހަކަށް ނުވަތަ އެއްޗަކަށް އޮތޯރިޓީ [މަތިބަލާ!] ދިނުން. 2. ކަމެއް ކުރުމަށް ހުއްދަ ދިނުން.
autistic
އޯޓިސްޓިކް (ނއ) ބާވަތެއްގެ ނަފްސާނީ ބައްޔެއް ޖެހިފައިވާ. މިބަލި ޖެހުމުން މީހާގެ އަމިއްލަ ހުވަފެނީ ދުނިޔެއެއްގައި އުޅޭ ފަދައެވެ. އެހެން މީހުންނާ މުޢާމަލާތްކުރުން މަދުވެ، ވަށައިގެންވާ މާހައުލަށް ސަމާލުކަން ނުދެވެއެވެ. (ނ) autism އޯޓިޒަމް: މި ބަލި.
autobiography
އޮޓޯބަޔޮގްރާފީ (ނ) މީހަކު އޭނާ އަމިއްލައަށް އޭނާގެ ޙަޔާތުގެ މައްޗަށް ލިއެފައިވާ ލިއުމެއް. ޒާތީ ސިޔަރަތު. (ނއ) autobiographical
autoclave
އޮޓޯކްލޭވް (ނ) 1. މަތީ ހޫނުމިނުގައި އަދި ފިއްތުމުގައި ކެމިކަލް އެއްކުރާ ކަންވާރެއް. 2. ވަރަށް ހޫނު، ފިއްތާފައި ހުރި އާވިން ތަކެތީގައިވާ ޖަރާސީމު މަރަން ގެންގުޅޭ އާލަތެއް.
autocracy
އޮޓޯކްރެސީ (ނ) 1. އެކަކު ހިންގާ ވެރިކަމެއް. 2. ހިންގާ ފަރާތަށް އެއްވެސް ކަމެއްގައި ޙައްދެއްނެތް ބާރު ލިބިފައިވުން. 3. މިފަދަ ގޮތަކަށް ހިންގާ ގައުމެއް.
autocrat
އޮޓޯކްރެޓް (ނ) ވަރަށް ބޮޑު ނުފޫޒަކާއި ބާރެއް ލިބިފައިވާ މީހެއް. މިފަދަ މީހަކު ކުރާ ކަމެއް އެއްވެސް ފަރާތަކުން ކޮންޓްރޯލް ކުރެވޭ ގޮތެއް ނޯވެއެވެ. (ނއ) autocratical (ކއ) autocratically
autocross
އޮޓޯކްރޮސް (ނ) މީހުން މަދުން އުޅޭ ހިސާބުން ޖަހާ ކާރު ރޭސް.
autograph
އޮޓޮގްރާފް (ނ) 1. މީހެއްގެ އަތުލިއުން ނުވަތަ އޭނާގެ ސޮއި. 2. ލިއުންތެރިއެއް އޭނާގެ އަމިއްލަ އަތުން ލިޔެފައިވާ ފޮތެއް ނުވަތަ ފަތެއް. 3. ލިޔުނު ފަރާތުން ސޮއިކޮށްފައިވާ ފަތެއް. (ކ) މީހެއްގެ އަތުލިއުމުން އެއްޗެއްގައި ނަން ލިއުން ނުވަތަ ސޮއި ކުރުން.
automate
އޮޓޮމޭޓް (ކ) އަމިއްލަ ޒާތުގައި ކޮންޓްރޯލް ކުރާ ނުވަތަ ހިންގާ ގޮތަށް އެއްޗެއް ހެދުން.
automatic
އޮޓޮމެޓިކް (ނއ) 1. އިންސާނެއް ކޮންޓްރޯލް ކުރުމެއްނެތި އަމިއްލައަށް މަސައްކަތް ކުރާ. އަމިއްލަ އަށް މަތަ ކުރާ ނުވަތަ ހަމަކުރާ. 2. ބަޑިއެއްގެ ޓްރިގަރ ނުވަތަ ބަޑިޖަހަން އޮބާލާ ފާލު/ޒިނާދު ދޫނުކޮށްލަންދެން އުންޑަ ނުވަތަ ވަޒަން ފޮނުވާ. 3. ވިސްނުމެއް ނެތި އާދަވުމުގެ ސަބަބުން ކުރާ. (ނ) އޮޓޮމެޓިކުން މަސައްކަތް ކުރާ މެޝިނެއް، ބަޑިއެއް ފަދަ އެއްޗެއް. އޮޓޮމެޓިކް ގިއަރު ހުންނަ އުޅަނދެއް. (ކއ) automatically
automation
އޮޓޮމޭޝަން (ނ) ފިކުރީ ނުވަތަ ޖިސްމާނީ ޙަރަކާތް މަދުކުރަން އޮޓޮމެޓިކް ތަކެތި ބޭނުން ކުރާ ކުރުން.
automaton
އޮޓޮމެޓޯން (ނ) އެއްވެސް އަމިއްލަ ޚިޔާލެއް ނެތި ހަރަކާތްތެރިވާ އިންސާނެއް.
automobile
އޮޓޮމޮބީލް (ނ) އެމެރިކާގެ ބަހުރުވައިގައި ކާރެއް.
automotive
އޮޓޯމޮޓިވް (ނއ) ކާރާބެހޭ.
autonomous
އޮޓޯނޮމަސް (ނއ) އަމިއްލައަށް އިންތިޒާމްތައް ހިންގާ (މ. ޖަމްޢިއްޔާއެއް) autonomous government މިނިވަން؛ އަމިއްލަ ސަރުކާރު.
autopsy
އޮޓޮޕްސީ (ނ) މީހަކު މަރުވި ސަބަބު ދެނެގަތުމަށްޓަކައި ޤަބުރު ފަޅާ ފެޅުން.
autumn
އޯޓަމް (ނ) ޚަރީފު މޫސުން. ހޫނު މޫސުމާ ފިނި މޫސުމާ ދެމެދު އޮންނަ ފިނިކަން ގަދަވަމުންދާ މޫސުން. (ނއ) autumunal (ކއ) autumnally
auxiliary
އޮގްޒިލިޔަރީ (ނއ) އެހީތެރިކަން ނުވަތަ ހިތްވަރު ދޭ. (ނ) އެހީތެރިކަން ދޭ މީހާ. auxiliaries ހަނގުރާމައެއްގެ ޤައުމަކުން ބޭނުންކުރާ ބިދޭސީ އެހެން ޤައުމުތަކުގެ ފައުޖުތައް.
avail
އެވެއިލް (ކ) އެހީތެރިކަން ފޯރުކޮށްދިނުން ނުވަތަ މަންފާއެއް ލިބޭގޮތް ހެދުން. (ނ) ފައިދާއެއް ނުވަތަ އަސަރެއް. (މ. (it is of no avail
available
އެވެއިލަބްލް (ނއ) ހޯދިދާނެ؛ ބޭނުން ކުރެވިދާނެ ނުވަތަ ހޯދިދާނެ ހާލަތެއްގައި.
avalanche
އެވަލާންޗް (ނ) 1. ފަރުބަދައެއްގެ އަރިމަތިން އޮހިގެން އަންނަ ސްނޯ ނުވަތަ ގައުތަކެއް؛ ބަހްމަން، އިންހިޔާރު؛ 2. ފައިބައިގަންނަ ނުވަތަ އަންނަ ބައިވެރި އެއްޗިހި ތަކެއް (މ. ސިޓީ).
avant-garde
އަވާންގާރޑް (ނއ) (ޚާއްޞަކޮށް ކުރެހުމާ ލިޔުންތަކުގައި ބޭނުން ކުރާ) ވަރަށް މިޒަމާނުގެ ފޭޑި ނުވަތަ އުސްލޫބު. (ނ) މިފަދަ ގޮތަކަށް ލިޔާ ލިޔުންތެރިން.
avarice
އެވެރިސް (ނ) ފައިދާއެއް ހޯދުމަށް ހުންނަ ދަހިވެތިކަން. (ނއ) avaricious (ކއ) avariciously
avenge
އެވެންޖް (ކ) ކަމަކަށް ބަދަލު ހިފުން؛ އިންތިޤާމް. (ނ) avenger
avenue
އެވަނޫ/އެވަނިޔު (ނ) 1. ފުޅާ މަގެއް. 2. ކަމެއް ކުރުމަށް ފަހިވާނޭ ގޮތެއް ނުވަތަ ކުރިއަރައިގެން ދެވޭނޭ ގޮތެއް.
average
އެވަރިޖް (ނ) 1. ޢަދަދުތަކެއް އެއްކުރުމުން ނުކުންނަ ޖުމްލަ، ހިމެނޭ ޢަދަދުތަކުގެ ޢަދަދުން ގެއްލުމުން ނުކުންނަ ނަތީޖާ. 2. ޢާއްމު ގޮތެއްގައި އެއްޗެއް ހުންނަ ފެންވަރު ނުވަތަ ބޮޑު/ކުޑަމިން. (ނ) 1. އެވަރިޖް ހޯދައިގެން ނުކުތް. (ކ) 1. އެއްޗެއްގެ އެވަރޭޖް ހޯދުން. 2. އެވަރިޖެއްގެ ގޮތުން އުފައްދަން ޖެހުން.
averse
އެވާރސް (ނއ) ކަމަކާ ބޮޑަށް އިދިކޮޅުވެފައި؛ ނުރުހެވިފައި. ޝައުޤުވެރިކަމެއް ނުވެފައި ކުރާހިތް ނެތިފައި. (މ. މީހަކު މަސައްކަތަކަށް)
aversion
އެވާރޝަން (ނ) ވަރަށް ބޮޑަށް ކަމަކަށް ނުރެހެވޭ ނުރުހެވުން؛ ކަމަކަށް ހުންނަ ނަފުރަތު. މިގޮތަށް ނަފުރަތު ކުރެވޭ އެތި ނުވަތަ މީހާ.
avert
އެވާރޓް (ކ) (މ. ނަޒަރު) އަބުރާލުން؛ ކަމެއް ވިޔަ ނުދިނުން.
aviary
އޭވިއަރީ (ނ) ދޫނި ގެންގުޅެން ހަދާފައި ހުންނަ ބޮޑު ކޮށްޓެއް ނުވަތަ ޢިމާރާތެއް.
aviation
އޭވިއޭޝަން (ނ) މަތިންދާ ބޯޓު ދުއްވުމުގެ ފަންނު.
aviator
އޭވިއޭޓަރ (ނ) ޕައިލޮޓް؛ ކުރީ ޒަމާނުގައި މަތިންދާ ބޯޓު ދުއްވާ މީހެއް ނުވަތަ އޭގެ ފަޅުވެރިއެއް.
avid
އެވިޑް (ނއ) ކުރާހިތްވާ؛ ދަހި (މ. ފޮތްކިޔަން)؛ ނަހިމް. (ކއ) avidly (ނ) avidity
avionics
އެވިއޯނިކްސް (ނ) މަތިންދާބޯޓު ދުއްވުމުގައި އިލެކްޓްރޮނިކްސް ސާމާނު ބޭނުން ކުރާ ކުރުން؛ މިފަދަ ސާމާނު.
avocado
އެވޮކާޑޯ (ނ) ހޫނު ތަންތާނގައި ހެދޭ މޭވާއެއް. މި މޭވާގެ ތިރީކޮޅު ފަލަވެފައި ބޮޑު އޮށެއް ވެއެވެ.
avoid
އެވޮއިޑް (ކ) 1. ހިތް ނޭދެވޭ ނުވަތަ ނުރައްކާތެރި ޙާލަތަކުން ދުރުގައި ހުރުން. 2. އެއްކިބާވުން. (ނ) avoidance
avoidable
އެވޮއިޑަބްލް (ނއ) ރެކިދާނެ، އެއްކިބާވެވިދާނޭ.
avoirdupois
އެވަރޑުޕޮއިސް (ނ) ބަރުދަން މިނާ ނިޒާމެއް. މި ނިޒާމުގައި ބަރުދަނުގެ އަސާސީ ވަޒަނަކަށް ބަލަނީ އެއް ރާތަލެވެ. ސޯޅަ އައުންސުން ރާތަލެކެވެ.
avow
އެވައު (ކ) ރަސްމީ ގޮތުން އިޢުލާނު ކުރުން. އެއްބަސްވުން. (ނ) avowal (ކއ) avowedly
avuncular
އެވަންކްޔޫލަރ (ނއ) ހެޔޮ ބޮޑުބޭބޭއެއް ފަދައިން (ކ) ހެޔޮ ބޮޑު ބޭބެއެއް ފަދަ.
await
އެވެއިޓް (ކ) އެއްޗަކަށް ނުވަތަ މީހަކަށްޓަކައި މަޑުކުރުން.
awake
އެވޭކް (ކ) ނިދިން ހޭލެވުން. (ނއ) ނިދީގައި ނުވުން؛ ވާނުވާ އެނގުން؛ ވަމުންދާ ކަންތަކަށް ސަމާލުކަން ދެވިފައިވުން؛ އެވޭކަން (ކ) awaken ހޭލެވުން؛ (ނ) awakening.
award
އެވޯޑް (ކ) ޖުރިމަނާއެއް، އިނާމެއް، ނުވަތަ ފައިސާއެއް ރަސްމީގޮތަކުން ނިންމާ ދިނުން. މުކާފާ. (ނ) 1. މިބާވަތުގެ ނިންމުމެއް ނުވަތަ ކަނޑައެޅުމެއް. 2. ދެވޭ އިނާމު، ޖުރިމަނާ ނުވަތަ ފައިސާ؛ ޖާއިޒާ، ސަމާނަޔާ
aware
އެވެއަރ (ނއ) ވާނުވާ އެނގޭ. އާރިފު. (ނ) awareness
awash
އެވޮޝް (ނއ) ލޮނުގަނޑުން/ފެންގަނޑުން ނުވަތަ ރާޅުން ދޮވެވޭ.
away
އެވޭ (ކއ) 1. ދުރަށް ނުވަތަ ދުރުން. 2. ވުމުން ނެތިދިއުން. 3. މަޑުކުރުމެއް ހުއްޓުމެއް ނެތި. (މ. މަސައްކަތް ކުރުން). (ނއ) އިދި ކޮޅު ފަރާތުގެ ދަނޑުގައި ކުޅޭ ނުވަތަ އިދިކޮޅު ފަރާތަށް ނިސްބަތްވާ (މ. away team)
awe
އޯވ (ނ) ހައިބަތު؛ ބިރުވެރިކަމާއި ހައިރާންކަން ލިބޭފަދަ އިޙްތިރާމް. ރަހުބަތު؛ ޚުޝޫޢު.
awesome
އޯސަމް (ކއ) ހައިބަތު އުފައްދާ ފަދަ.
awe-stricken, awe-struck
އޯސްޓްރިކަން، އޯސްޓްރަކް (ނއ) ކުއްލިއަކަށް ޚުޝޫޢު އުފައްދާ.
aweigh
އެވޭ (ކއ) ކަނޑުގެ އަޑިން ކިރިޔާ ނެއްޓިފައި (މ. ނަގިލި(.
awful
އޯފުލް (ނއ) ވަރަށް ނުބައި ނުވަތަ ނުތަނަވަސްކަން ގެނެސްދޭ.
awhile
އެވައިލް (ކއ) ކުޑަ އިރުކޮޅެއް ވަންދެން.
awkward
އޯކްވާރޑް (ނއ) 1. ގެންގުޅެން އުނދަގޫ؛ ބޭނުން ކުރަން ނުވަތަ މުޢާމަލާތް ކުރަން ދަތި. 2. ހުނަރުމަދު. 3. ފަސޭހަ ނުވަތަ އަރާމުނޫން. 4. ލަދުގަނެފައި. (ނ) awkwardness (ކއ) awkwardly
awl
އޯލް (ނ) ދިބާޣު ކުޅަ ހަމުގައި ނުވަތަ ލަކުޑީގައި ލޯވަޅު އަޅަން ބޭނުން ކުރާ އާލަތެއް. މިއީ ކޮޅު ތޫނު ކޮށްފައިވާ އިސްކުރު އަނބުރާ ކަށިގަނޑެއް ފަދަ އެއްޗެކެވެ.
awning
އޯނިންގ (ނ) ވާރެއިން ނުވަތަ އަވިން ސަލާމަތްވުމަށް ފޮތި ފަދަ އެއްޗެއް ގިޔުގަނޑެއްގެ މަތީގައި ދަމައިގެން ހަދާފައި ހުންނަ ލުއި ފުރާޅު.
awoke
އެވޯކް (ކ) އެވޭކް awake ބަލާ.
awry
އޮރައި (ނއ) 1. ތެދުނޫން؛ އެއްފަރާތަކަށް ތިރިވެފައި، ކަތިވެފައި ނުވަތަ އަޅާފައި. 2. އަމާޒަށް ސީދާ ދަތުރު ނުކުރާ. 3. ނުބައި
axe
އެކްސް (ނ)1 . ކޯރާޑި؛ އެއްޗިހި ބުރިކުރާ ނުވަތަ ފަޅާ އާލަތެއް؛ ފުރޯ؛ 2. ނުރަސްމީ ބަހުރުވައިގައި މީހަކު ވަޒީފާއިން ވަކިކުރުން ނުވަތަ މަޝްރޫޢު އެއް ކުރިއަށް ނުގެންގޮސް ހުއްޓާލުން.
axil
އެކްސިލް (ނ) ގޮތްޕެއްގައި އިން ފަތެއްގެ ތަނޑިއާއި ގޮތްޕާއި ދެމެދުވާ އޭންގަލް ނުވަތަ ޒާވިޔާ.
axiom
އެކްސިއަމް (ނ) ސުބޫތު ކުރުމެއް ނެތި، ހެއްކެއްދެއްކުމެއް ނެތި ޤަބޫލުކުރެވޭ ތެދު؛ އެންމެން ޤަބޫލު ކުރާ ޢާއްމު އުޞޫލެއް، ނުވަތަ ޙަޤީޤަތެއް؛ ހިސާބު ޢިލްމުގައި ނުކުންނަ ނަތީޖާ ބެލުމަށް ސުބޫތުކުރުމެއް ނެތި ބަޔާންކުރާ ‘ތެދެއް’.
axiomatic
އެކްސިއޮމެޓިކް (ނއ) ފަސޭހައިން ދޭހަވާ؛ ތެދުކަން ޔަޤީންވާލެއް ފަސޭހަކަމުން ދަލީލުދައްކައި ސުބޫތުކުރަން ނުޖެހޭ ޙަޤީޤަތް؛ އެކްސިއަމެއް ފަދަ.
axis
އެކްސިސް (ނ) އެއްޗެއްގެ މެދުން ދެމޭ ޚިޔާލީ ރޮނގު؛ ނާރެސް؛ މިހުވަރު؛ އެއްޗެއް އެނބުރޭނީ މި ރޮނގު ވަށައިގެންނެވެ. (ގިނަވުމުން axes)
axle
އެކްސްލް (ނ) ފުރޮޅު ހަރުކޮށްފައި ހުންނަ ދަގަޑު؛ ބޫސް ދަގަނޑު؛ ދުރާ
ayatollah
އައިޓޮލާ (ނ) ޝީޢީ މުސްލިމުންގެ އިސް ވެރިއެއް.
aye
އައި (ނ) އާއެކެވެ. މަޖިލިހެއްގައި ވޯޓަށް އެހޭއިރު އެއްބަސްވުމަށް ބޭނުންކުރާ ލަފުޒު ނުވަތަ އެއްބަސްވާ މީހުން.
aye
އޭ (ނއ) އަބަދު (މި ލަފުޒަކީ ބޯދާ ލަފުޒެކެވެ.)
azalea
އެޒޭލިއާ (ނ) މާއަޅާ ގެއްސެއް.
azimuth
އެޒިމަތު (ނ)1 . މީހެއްގެ ބޮލާ ސީދާ މަތިން ފެށިގެން އުދަރެހަށް ދެމޭ ގައުސު. 2. ސީދާ އުތުރާ ކުރިން ބުނި ގައުސު ދެމެދު ހުންނަ ޒާވިޔާ.
Aztec
އެޒްޓެކް (ނ) ސްޕޭނުގެ މީހުން މެކްސިކޯއަށް އަރައިގަތުމުގެ ކުރީގައި އެ ރަށުގެ އަހުލުވެރިންގެ ތެރެއިން މީހެއް. އެމީހުންގެ ބަސް.
azure
އޭޒުޔަރ (ނ، ނއ) އުޑުގައި ހުންނަ ނޫ ފަދަ ނޫކުލަ.
.
ނޯޓު
ކިޔާގޮތަށް ތަޢާރުފެއް
އަނގައިން ނުކުންނަ އަޑުތައް ދެބަޔަކަށް ބެހެއެވެ. އެއްބައި އަޑަކީ އެ އަޑު ނެރުމަށްޓަކައި އަގައިގެ ކޮންމެވެސް ތަނެއްގެ ސަބަބުން ވައި ހިފެހެއްޓިފައި ހުރުމާއެކު، ދެން ދޫކޮށްލުމުން ނިކުންނަ އަޑެވެ. އަނެއް ބައި އަޑަކީ އެއްވެސް ހިފެހެއްޓުމެއް ނެތި ވައި ނުކުންނަ އިރު ކިޔާ ނުވަތަ ނުކުންނަ އަޑެވެ. ފުރަތަމަ ބަޔަށް ކިޔަނީ ”ކޮންސޮނަންޓް“ އެވެ. ސީނަކީ ކޮންސޮނަންޓް އެކެވެ. މިއަޑު ކިޔާއިރު ވާގޮތަށް ވިސްނާލަބަލާށެވެ. އިނގިރޭސި ބަހުގައި 24 މިފަދަ އަޑު ހިމެނެއެވެ. ހިފެހެއްޓުމެއްނެތި ވައި ނުކުންނައިރު ކިޔާ އަޑުތަކަށް ކިޔަނީ ”ވަވަލް“ އެވެ. އާބާފިލި ކިޔޭ ގޮތަށް ވިސްނާލަބަލާށެވެ. ވަވަލް އެންމެ ވައްތަރުވާނީ ދިވެހިބަހުގައި މިކިޔާ ފިއްޔާއެވެ.
އިނގިރޭސި ބަހުގައި އަސާސީ 12 ފިލި ހިމެނެއެވެ. މިދެންނެވީ އައިބައި ފިލި ނުވަތަ އައުބައު ފިލި ފަދަ ދެފިލި ނުވަތަ ތިންފިލި ގުރޫޕްތައް ނުލައެވެ. މިފަދަ ފިއްޔަކީ އަސާސީ ދެ ފިއްޔެއް ނުވަތަ ތިން ފިއްޔެއް ޖެހިޖެހިގެން ކިޔާ ފިއްޔެވެ. 13 މިފަދަ ފިލި އިނގިރޭސިބަހުގައި ވެއެވެ. ދިވެހިބަހުގައި ބޭނުންކުރަނީ ހަމައެކަނި 6 ފިއްޔެވެ {އަޑު ކިޔޭގޮތަށް ބަލާއިރު، ދިވެހިބަހުގައި އޮންނަ ސުކުނަކީ ފިއްޔެއް ނޫނެވެ.}
އެހެންކަމުން، މިކަމާ ފިކުރު ކުރާ މީހަކަށް އިނގިރޭސި ބަހުގެ ލަފުޒެއް ތާނައިން ނުލިޔެވޭނެކަން އެނގޭނެއެވެ. މިއާއެކު، ތަމްރީނު ނެތް މީހުންނަށް އަޑެއްވެސް ނުއިވޭނެއެވެ. އެހެނީ މީހުންގެ ކަންފަތަށް އިވޭ އަޑުތައް، އިންސާނާ ތަރުޖަމާ ކުރަމުން ދެނެގަންނަމުން ދާނީ އޭނާ ދަންނަ އަޑުތަކާ ގުޅުވަމުންނެވެ. ދަންނަ އަޑަތަކުގައި ވަކި އަޑެއް ނެތްނަމަ، އެންމެ ގާތްކުރާ ދަންނަ އަޑު އިވުނު ކަމަށް ފިކުރަށް ހީވާނެއެވެ.
ވަކިވަރަކަށް ދިވެހި އަޑުތަކާ މެދު ވިސްނުމުން، އައްޑޫ މީހުން ލާމު ކިޔާގޮތާ މާލެމީހުން ލާމުކިޔާގޮތް ތަފާތުކަން އެނގޭނެއެވެ. ނަމަވެސް، އަޑުތަކުގައި ކުދި ކަންތައްތަކަށް ނުވިސްނާމީހުންނަށް މި ތަފާތެއް ނުއިވޭނެއެވެ. އިނގިރޭސި ބަސް ވެސް މިފަދައެވެ. އިނގިރޭސި ބަހުގެ ބައެއް އަޑުތަކެއް ދިވެހި ބަހަކު ނުހުރެއެވެ.
މަތީގައިވާ ސަބަބުތަކަށް ރިއާޔަތްކޮށް ބަސްފޮތުގައި ކިޔާގޮތް ލިޔެފައި އެވަނީ އަޅުގަނޑަށް އެންމެ ކާރިކުރާ ދިވެހި އަޑުތަކާ އެއްގޮތަށެވެ. ސްޕީކަރުން އަޑުއަންނަ ”ކިޔާ“ މިޒަމާނުގެ ޑިކޮޝޮނަރީ އެއް ބޭނުންކޮށްގެންނެވެ.
އެންމެ ފުރަތަމަ އިސްދާރުގެ ތަޢާރުފު
މާދަރީ ބަހަކީ އިނގިރޭސި ބަސް ކަމުގައިވާ އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާގެ އިސްތިޢުމާރީ ޙަރަކާތްތައް އިތުރުވަމުން ދިޔަ ވަރަކަށް އިނގިރޭސި ބަސް ދާނީ ފެތުރެމުންނެވެ. ފަހެ، ބަސް ފެތުރެން މެދުވެރިވާ މުހިއްމު ސަބަބުތަކުގެ ތެރޭގައި އެއް ބަހެއްގެ މީހުން އެކިއެކި ޤައުމު ފަޠަޙަ ކޮށް އަޅުވެތިކޮށް، އެ ޤައުމުތަކުގެ މާދަރީ ބަސްތަކުން ވާހަކަ ދެއްކުން މަނާކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. ފެތުރޭ ބަހެއް ކޮންމެވެސް ވަރަކަށް އެނގުމަކީ ބޭނުން ތެރިކަމެކެވެ.
މީގެ އިތުރަށް އެކި އެކި ޚިޔާލަށް އަދި ތަކެއްޗަށް ކޮންމެ ބަހަކުން ނަމަވެސް ކިޔާ ނަން އެނގުމަކީ ވިސްނުން ރަނގަޅުވާ ކަމެކެވެ. މިކަމަށް އެތައް ދަލީލުތަކެއް ވެއެވެ. ގިނަ ލަފުޒުތައް އެނގޭ މީހުން، ބުއްދި ގަދަކަން ފާހަގަ ކުރެވެއެވެ. ވިސްނުން ވަޒަންކުރާ އިމްތިޙާނުތަކުގައި ގިނައިން ހުންނަނީ އެކި ލަފުޒުތަކާ ބެހޭ ސުވާލުތަކެވެ. އިންސާނާ ވިސްނަނީ ބަސް ބޭނުން ކޮށްގެންނެވެ. އިނގިރޭސި ބަހަކީ މާދަރީ ބަސްކަމުގައިވެގެން އުޅޭ މީހުންގެ އާދަޔާ ޚިލާފު ބާރުވެރިކަމަކީ ބަހުގެ މުއްސަނދިކަމުގެ ސަބަބަން އައިސްފައިވާ ކަމަކަށްވެސް ވެދާނެއެވެ.
ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، މާތް ﷲ އާދަމްގެފާނު ހައްދަވާ އެންމެ ފުރަތަމަ އުނގަންނައިދެއްވީ ތަކެއްޗަށް ކިޔާ ނަންތަކެވެ. ފަހެ، ފިކުރު ކުރާ މީހުންނަށް މިކަމުގައި ޙިކްމަތްތަކެއް ވެއެވެ.
އިނގިރޭސި ބަސް ދަސްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް، އިނގިރޭސި – ދިވެހި ޑިކްޝަނަރީ އަކީ ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެއެވެ. އަޅުގަނޑުމެން ކިޔުންތެރިންނަށް މިފަހަރު މިގެނެސްދެނީ އިނގިރޭސި – ދިވެހި ޑިކްޝަނަރީއެއްގެ ”އޭ“ ގެ ރަދީފެވެ.
ދިވެހި ބަހުގައި އަޑުތައް ކިތަންމެ ގިނަޔަސް، އިނގިރޭސި، އަދި ކީއްތޯ، އެހެން ބަހެއްގެ ލަފުޒުތައް ކިޔާގޮތް ދިވެހިބަހުން ބަރާބަރަށް ލިޔަން ދަތިވެއެވެ. އެއީ އަޑުތަކުގައި އަދި ފިލިތަކުގައި ހުންނަ ކުދިކުދި ތަފާތު ތަކުންނެވެ. މި ރަދީފުގައި އެކި ލަފުޒު ކިޔާގޮތް ލިޔެފައިވަނީ އެމެރިކާގެ ކޮމްޕިއުޓަރ ޑިކްޝަނަރީ އަކުން ކިޔާ ގޮތަށެވެ. މި ޑިކްޝަނަރީއިން ކޮންމެ ލަފުޒަކަށް އިޝާރާތް ކުރުމުން އެ ލަފުޒު ކިޔާގޮތް އަޑުއިވެއެވެ.
ތާނައިން ލިޔާއިރު ކުރިން ދެންނެވި ސަބަބާހެދި ބަރާބަރަށް އަޑުތަކެއް ދިމަލެއް ނުކުރެވެއެވެ. އަދި ޚާއްޞަކޮށް އިނގިރޭސި ބަހުގައި އޭ އަކުރުގެ ފިއްޔަކީ ދިވެހި ބަހުން ލިޔެވޭ ފިއްޔެއް ނޫނެވެ. އެއީ އެބެފިއްޔަށް ވުރެ ދިގު އޭބޭ ފިއްޔަށް ވުރެ ކުރު އިބިފިލީގެ ބައެއްވެސް ހިމެނޭ ފިއްޔެކެވެ. އެހެންކަމުން އާފަލަށް އިނގިރޭސި ބަހުން ކިޔާ ގޮތް ލިޔަން ދަތިވެއެވެ. އޭއިޕްލް ކިޔާފިނަމަ މާދިގުވެއެވެ. އެއިޕްލް ކިޔާފިނަމަ އެބެފިލި ކުރުވެފައި އިބިފިލީގެ ބާރު މާގަދަ ވެއެވެ. އަޅުގަނޑުމެން ލިޔެފައިވާނީ އެޕްލް އެވެ. ތިޔަ ބޭފުޅުން ކިޔުއްވާއިރު މިފިއްޔާ ދޭތެރޭ ސަމާލުވުން ހުއްޓެވެ.
މި ރަދީފުގައި މާނަ ލިޔުމުގައި އަޅުގަނޑުމެން ބެލީ ދިވެހިބަހުން ކިޔާގޮތް ހޯދާ އެލިޔާކަށެއް ނޫނެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރީ އިނގިރޭސި ލަފުޒުގެ މާނަ ސާފުކޮށް ބުނެދެވޭތޯއެވެ. އެއީ އިނގިރޭސި ކޮންމެ ލަފުޒަކަށް ދިވެހި ބަހުގައި ލަފުޒެއް އަދި ނެތުމާއެކު ދޭހަ ރަނގަޅު ކުރުމަށްޓަކައެވެ.
ކިޔާގޮތް ލިޔެފައިވަނީ މައިކްރޮސޮފްޓް މިލެނިއަމް ޑިކްޝަނަރީ ކިޔާ 1999 ގައި ޝާޢިއު ކުރި ސީޑީއިންނެވެ. އިނގިރޭސި ލަފުޒުތަކާއި މާނަ ބަލާފައިވަނީ އޮކްސްފޮރޑް ޕޭޕަރބެކް ޑިކްޝަނަރީ އިންނެވެ.
މިއަށް ވުރެ ”ބީ“ގެ ރަދީފު ރަނގަޅު ކުރުމަށްޓަކައި ތިޔަބޭފުޅުންގެ ޚިޔާލު އަޅުގަނޑުމެން ބޭނުމެވެ. މި ލިޔުން އެންމެ ފުރަތަމަ ޝާއިޢުކޮށްފައިވަނީ ”ދަރުމަ“ އަށް 5 އަހަރު ފުރުމާ ގުޅިގެން 2007 ވަނަ އަހަރުއެވެ. މި އިސްދާރުވަނީ މުރާޖަޢާކޮށްފައެވެ.
its very precious and convenience way for learners . Thank you sir for brought us this masterpiece
thank you
Thank you is not enough for your invaluable work. Is it possible to add a ‘word search’ function as you have done for the letter ‘C’? Thank you.
Apple store libumakee unmeedheh
Thikodhin bura mashahkathah fahfashun shukuruverivan 🙌
Thank you so much, this has helped me a lot!
Great work, an invaluable contribution to dhivehi language! And really admire your honest works!
when will be next B COMING
Varah aguhuri beynuntheri khidhumaiytheri bura masahkatheh .shukuriyyaa.
Great work dear
Migotah From A to Z ah dictionary English to Dhivehi kohffa Google translate meduverikoh use kureveyne duvaheh it’s my dreams . I think we have a very educated personalities. So pls somebody do this job .
…. Possible to give more words about rest of the alphabetics
thank you helping to us..it was very helpful..we really appreciate about your work..
Very nice, great work. Thanks you.
Varah furihama V beynuntheri masahkatheh… Shukurihyya Dr. Hassan… Meege ehen baithakah kurevey Inthizaaru dhigu vehjje.. Kihaa dhuvahakun fennaane tho…
V aguhuri muhinmu masaiykatheh, miha bura masaiykatheh thibeyfulhage ethah vagutheh heydha kuravvaigen Ethan jeelakah takai beynun kureveyne fadha gothakah kodhdhevvi kamahtaka v bodah shukuruverivan. Jazakallah khaira.
Jazakallah! Thibaa ge massahkathuga Allah barakaai lahvaashi.. Aameen
This is an amazing job. And can i download this program
Varah furihama masakkayheh .thibaage masakkathuga Allah barakaai lavvaashi.aameen.
Mi bura bodu when meehunah ugannaidhenivi masahkaiy kurehvi thoonufili ilmee sikundi fulhah maaiy Allah ithuru furihama kamaai hiyvaraai baaru dhehvaashi aameen
meege application libeyne gotheh nei tha iOS
Jaza kumullaah khair. Masha Allah miee dhivehinnah varah muhimmu beynun theri fotheh!
Maashaa allah mee haadha bura masahkaiypulhekey thibaa ah Allah S.H.W ithurah dhulhaheu sikhathakaai visnun dhehvaashi Ameen,
Insha Allah miah vuren furihama radheefeh annaane dhuvahehge inthizaaruga thibin
Varah Bura bodu Taskeh.
Ufaaveri kamaeku balaigannan
Negey ethah Baivaru bahegge mau na
Dhasvejje
This is a greet work
Dr. Hassan Hameedge mi masahkaiypulhakee agunukureveyfadha bura ehaame beynuntheri ilmee masahkaiypulheh kamaamedhaku shahkeh neiy. Manikufaanuge mi aguhuri khidhumathuge khairul badhal maaiy اللہ ge hazrathun dhevvun edhi dhua’ Dhannavaa haalu dhenoiy baithakah inthizaarukuraa vaahaka dhannavan
Shukriyyaa.
kihineh download kuraanee
Copy and paste!
varah furihama masakkatheh.. Allah thibaage masakkathugai barakai lavvaashi…
Excellent work i wanna have this dictionary its very important for us to learn English i hop we will get complete english dhivehi dictionary on ur play store. Thanks one’s again for your hard work
Varah ginadhuvas vejje kommeves faraathakun mifathamasah katheh kuraane dhuvaheh aadheythoa.varah bodah shukuriyyaa. Allah thikuraa masahkathuga barakath lavvaashi. Adhi thimasah kath nimmumuge heyothaufeeg dhevvaashi.aameen.
Kommeves faraathakun mi masahkath kuraa faraathaai gulhigen android application eh handhaane kamah ummeedhukuran.
Salaam!
Maaiy Allah mi massahkathugai Barakaaiy lahvaashi!
Dhivehin fadha mi Malikuge thibi alhugandumen nnah varah furihama mi agubodu khidhumaiy foarukoh dhevvi kamah taka allah subuhaanahoo Watha”aalaa ah shukurukoh h’mdhudhu kuran.thiya masakkathugai e kalaange barakaaiy levvevun edhi dhuaakuran. Varah vedumai Salaam ariskuran.
Alhamdhulillah
Jazakallahhairan..varah bodu kameh thibayfulhaa thikurehvee.alhugandu hithuge adin shukuru adhaakuran. Thibayfulhaage thikuravva bura agunukurevay massakaithakugai Allah barakaai lavva heyo dharuma dhehva vaashi. Ameen. Meege kuriah huri baithakeh Ava’s musthqbalehga, miah vure fenvaru rangalhugothugai..fennaane kamah unmeedh kuran.
ethah dhuvahegge inthizaaru hageegathakah vaan fashaafa. huri ufaaverikamehggebodukamaaeve. saabithukanmathee mikan furihama koh ninmaalumuge heyo thaufeegu dhevvashi. aameen. Thank-you who involved
Varah aguhuri masahkatheh…ALLAH ebeyfulhaa ah mi masahkathugai kaamiyaab minvaru kurahvaashi…aameen..
Maa Shaa Allah. v rangalhu masahkatheh. jazaakumullah
Heyo rahumai lavvaashi. thi kuravvaa bura agunukurevey masikatha shukuru.
Dhivehi Enmethakun mi kamah edhi edhi thabbavanikoh thiya beyfulhaage faraaiypulhun mi agubodu khidhumaiy foarukoh dhevvumuge visnun dhevvi kamah taka allah subuhaanahoo Watha”aalaa ah shukurukoh h’mdhudhu kuran.thiya masakkathugai e kalaange barakaaiy levvevun edhi dhuaakuran. Thiya kuravvavaa masakkathah h’aqqu shukurukoh dhivesseh ge h’aisiyyathun dhannavan.
Jazakallah khair.. Thibaaee khidhumaiytheri dhivehi dhariehkan abadhuves hithuge funminun ufalaa eku balaigannan.. Allah thibaa ah heyorahmaiy lavvaashi….
Varah furihama massakkatheh. Mi fadha masakkatheh agakaanulaa kohdhevvumun thibaa ge hithugaivaa gaumee loabi varah rangalhah haamavey. Allah thibeyfulhaage masakkathugai barakaai lavvashi. Fahfashun shukuriyya
Jazakallahhairan..varah bodu kameh thibayfulhaa thikurehvee.alhugandu hithuge adin shukuru adhaakuran. Thibayfulhaage thikuravva bura agunukurevay massakaithakugai Allah barakaai lavva heyo dharuma dhehva vaashi. Ameen. Meege kuriah huri baithakeh Ava’s musthqbalehga, miah vure fenvaru rangalhugothugai..fennaane kamah unmeedh kuran.
Very good work indeed. May Allah give you strength and ease to finish this work. Aameen.
Mee shukuru haggu vaa madaikkatheh. V.kamugossi mi madaikkai. Dhivehi bas dheke loabivaa beyfulhunge mifadha masaikkathun dhivehibahaamedhu ithurah shauguverivaane kithamme bayaku ufedhigen annaanekamah belevey. Thibaage masaikkathugai Allaah barakaai lavvaashi.
Note: mi masaikkai nimmemun dhaavarakah Anroid Application ehggai fennan gotha hadhaalumakee meege beynun kuran varah faseyha vaane kameh kamah belevey. English word liyuneema dhivehi meaning… wow…
Thank you for your kind words and useful ideas.
dictionary ge huriha words eh himanaifa android application eh nuny pc software launch kobba,
kiyaa goiy aduivey goiy hehdhevumaa adhi jumlaaga beynun kuraane gothuge misaalu himenuhvun varah edhen. Jazaakahllaahu khairan.
The work is perfect. Masha Allah. Let’s make a webapp. A database where we can search the list…
Thank you for your comment. “A” is only 1/15th of the dictionary. Working ten hours everyday, it takes a month to do a part. So the first thing is to get the translation finished.
Its great..think its much better for making this as a anriod application
Dr. Hassan Hameed is a great person. I deeply appreciate his work. You are doing great job for spreading your knowledge for others. We (Maldivians) need people like you.
Thank you, Sir.
Meethi download kurevey gothah hurinama adhi varah rangalhu.great work
Varah bodu khidhumatheh.
Allaahge rahumathaa dharuma minvaru kuravvaashi
Seriously.. Its good for people who learn english. Helpful for them. God bless u
Back to top ah baynun hisaabakun ves dhevay gothah hedhima use kuran fasayhavaane like side eh ga top ah dgaan arrow eh laafa …
“Kuraa meehakah himmathaa eku masakkaiy thuraa vaane evves kameh fahe oveybaa” great work.
Masha Allah! good job
Ufehdhuntheri masakkatheh
Jazakallah khair 👏👏
It’s really great work, create other letters and make it an easy application
Sir, another salute worthy work of you. Thank you. Jazaakum -llaahu xayran.
Great work. Keep it up. Jaxakumallah khair.
Its great..think its much better for making this as a anriod application