ދިރިއުޅުން ހޭދަކުރާނޭ ގޮތުގެ ހަމަތައް – 5
ފިނިފެންމަލުގެ ބަގީޗާ — އަށްވަނަ ބާބުގެ ފަސްވަނަ ބައި
މީގެ 760 އަހަރު ކުރިން ލިޔެފައިވާ ފާރިސްކަރައިގެ ސަޢުދީ (ابومحمد مصلحالدین بن عبدالله شیرازی) ގެ ”ގުލިސްތާނު“ (ފިނިފެންމަލުގެ ބަގީޗާ) ގެ ބޮޑުބައި މިހާރު ވަނީ ތަރުޖަމާ ކުރެވިފައެވެ. ބާކީ އޮތީ ފޮތުގެ 8 ވަނަ ބާބެވެ. އެއީ އެންމެ ފަހު ބާބެވެ. ނަމަކީ ދިރިއުޅުން ވޭތިކުރާނޭ ގޮތުގެ ގަވާއިދެވެ. މި ބާބުގައި ހިމަނާފައިވަނީ، ޅެންބަހުން ދިރިއުޅުމުގެ ހަމަތަކެކެވެ. ނުވަތަ ގަވާއިދުތަކެކެވެ. ތިރީގައި މި ތަަރުޖަމާ ކުރަނީ މިގޮތުން، އެ ބާބުގައިވާ ވާހަކަތަކުގެ ތެރެއިން 51 ވަނަ ވާހަކައިން 60 ވަނަ ވާހަކައާ ހަމައަށެވެ.
—51—
ފުރަހަ ދަށް ފުރަހެވިއެއް އަންހެނެއް ފަދައެވެ. ދަހި އަޅުވެރިއަކީ މަގުފޭރޭ މީހެކެވެ.
ގަމީހުގެ އަތް ދިގަސް ނުވަތަ ކުރަސް އެވެ.
{ފުރަހަ: ފިރިހެންކަމުގެ ބާރު. ފުރަހެވިން: ފިރިހެނުން}
—52 —
ދެމީހެއްގެ ހިތަކުން، ވެރަދައެއް އަފްސޫސުކަމެއް ނުފިލާނެއެވެ:
{ވެރަދައަކީ ކުރެވުނު ކަމަކާ މެދު ފަހުންވާ ދެރަ އެވެ. އިނގިރޭސި ބަހުން ރިގްރެޓް އެވެ.}
ތިބާގެ މުދަލާ ގާތް ނުވެވޭނަމަ،
އަދި ތިބާގެ ހުރިހާ މުދަލަކުން ބީނުވާށެވެ.
އެތް ވެއްދޭ ވޭގޮތަށް އަމިއްލަ ގެދޮރު ނާޅާށެވެ.
—53 —
މަތިވެރި މީހެއްގެ ކާނާ މީރުވިއަސް، އަމިއްލަ ބަސްތާއިން އޮހޭ ފަޑައްކު އޮށްޓަރުތަކުގެ ރޮށި މާމީރެވެ.
ޞަދަޤާތުގެ ގޮތުގައި ލިބޭ ނާނު އާއި ކަންބަޅި މަހަށް ވުރެ މީރެވެ.
—54—
ތިމާގެ ޚިޔާލާ އެއްގޮތަށް ބޭސް ބޭނުންކުރުމާއި، މަގު ނުފެނި ގާފިލާއެއްގެ ފަހަތުން ދިއުމަކީ ހަމަ ބުއްދިއާއި މޮޅެތި މީހުންގެ ވިސްނުމާ އިދިކޮޅު ކަމެކެވެ.
އިމާމް މުރުޝިދު މުޙައްމަދު ޣަޒާލީ (މާތް ﷲ އޭނާއަށް ރަޙްމަތް ލައްވާށިއެވެ.) އާ ސުވާލުކުރެވުނެވެ: “ތިބާ ތިހާ ޢިލްމަށް މޮޅުވީ ކީއްވެގެން ހެއްޔެވެ؟” ޖަވާބުގައި ވިދާޅުވިއެވެ:
ބަލިން ޢާފިޔާ (ފަސޭހަވުން) ލިބުން ބިނާވަނީ ސަބަބުތަކުގެ މައްޗަށެވެ.
އިރުޝާދު
ފެންނަ ކަންތައްތައް ތިބާއަށް ވަގުތު ފާއިތުވަމުން ދިޔަވަރަކަށް ހާމަވާނެއެވެ. އެކަމަށް އެދި އަވަސް އަރައިގަނެގެން އެދި އުޅެފިނަމަ، އެކަމުގެ މާތްކަން ކުޑަވެދާނެއެވެ.
ލުޤްމާނަށް ދާއޫދުގެ އަތްޕުޅުގައިވާ ކަސްތަޅުތައް މުޢުޖިޒާތެއް ފަދައިން
އެކަލޭގެފާނަށް ސަބަބު ފަހުން އެނގިވަޑައިގަންނަވާނޭކަން ދެނެވަޑައިގެން ވިއެވެ.
—55 —
މުޖުތަމަޢުގައި އުޅުމުގެ އަދަބުތަކުގެ ތެރޭގައި ތިބާގެ އަމިއްލަ ގެޔާއި ﷲ ގެ ގޭގެ ކަންތައްތައް ބެލެހެއްޓުން ހިމެނެއެވެ.
ލައިލާގެ ވާހަކަ ނޫނީ އޭނާގެ ގާތަކު ނުދައްކައެވެ.
[ލައިލާ އާއި މަޖުނޫނަކީ، މެދު އިރުމަތީގައި އުޅުނު ދެ ލޯބިވެރިންނެވެ. ލައިލާގެ ބައްޕަ ނުރުހުންވެ އެހެން މީހަކާ ލައިލާ ދެވުމުން ކައިވެނިކުރިތާ މާ ގިނަދުވެހެއް ނުވެ، ލައިލާ މަރުވީއެވެ. މިހެންވުމުން، މަޖުނޫން މޮޔަވެ، ސަހަރާތެރެއަށް އާވާރާވެގެން ނުކުމެ، ލައިލާއަށް ޅެން ހަދައި އެކި ޖަނަވާރުތަކަށް އެކިޔައިދީ އެންމެ ފަހުން މަރުވީއެވެ. މަޖުނޫން ގެ މާނައަކީ މޮޔަމީހާ އެވެ. އޭނާގެ އަޞްލު ނަމަކީ ޤައިސް އެވެ. އެތައް ގޮތަކަށް މި ވާހަކަ ރިވާވެގެން ވެއެވެ]
—56 —
ނުލަފާ މީހުންނާ އެކުލެވުމުން، އެމީހުންގެ އުޅުންތިމާއަށް ނުޖެހުނަސް، އެމީހުން އުޅޭ ގޮތަށް އުޅޭނޭކަމަށް މީހުން ހީކުރާނެތީ، ނަމާދުކުރަން ރާވިއްކާ ފިހާރައަކަށް ދިޔަޔަސް، ހީކުރާނީ ޝަރާބު ބޯން ދިޔަ ކަމަށެވެ.
ރައްޓެއްސެއްގެ ގޮތުގައި އަނދޮޅު މީހަކާ ބަދަހިވެ އުޅޭނަމަ،
މޮޔައެއް ނަމަ، ކުރިއަށް ވުރެ މޮޔަވާނެއެވެ.“
—57 —
ޖަމަލެއްގެ ތަވާޟުޢުވެރި، ފޮނިކަންކުޑަކަން ފާޅުވެގެން އެނގިގެންވާ މިންވަރަކީ، އޭގެ ލަގަނުގައި ކުޑަ ކުއްޖެއް ހިފައިގެން 100 ފަރުސަތަށް ދިޔަޔަސް، އޭތި ފަހަތުން ދެކޮޅު ނަހަދައި ދާކަމެވެ. ނަމަވެސް، މަރުވެދާނެ ނުރައްކާތެރި ތަނަކާ އަރާ ހަމަވުމުން، ކުޑަކުއްޖާ ނޭނގި ކުރިއަށް ދިޔަޔަސް، ލަގަން ހިފައިގެން ޖަމަލު ދުރަށް ގޮސް، ކުޑަކުއްޖާއަށް ތަބާވާން އިޢުތިރާޟް ކުރެއެވެ. އެއީ މުސީބާތުގެ ޙާލަތުގައި ބުނާ ބަސް އެހުމަކީ ކުށަކަށް ވާތީއެވެ.
ހަތުރެއްގެ ކުރިމަތީގައި މާބޮޑަށް ދެރަވުމުން، އޭނާ ތިބާގެ ރައްޓެއްސަކަށް ނުވާނެއެވެ. އަދި ކިއެއްތަ! އޭނާގެ ދަހިކަން ވާނީ އިތުރެވެ.
އެއީ، ބޮޑަށް ޖަހާފައިވާ ދަބަރު މަޑު ފީރަކުންނުފިލާނެތީއެވެ.
—58 —
މީހެއްގެ މޮޅުކަން ހާމަކުރަން ދެކެވެމުންދާ މީސްތަކެއްގެ ވާހަކަ މެދުކަނޑާ ލާނަމަ، އެ އެންމެންނަށް ތިބާގެ މޮޔަކަން ހާމަވެގެން ދާނެއެވެ.
އެއީ ޙަޤީޤަތްކަން ކަނޑައަޅަން ދަތިވާނެތީ އެވެ.
—59—
އަހުރެންގެ ލިބާހުގެ ދަށުގައި ފާރުގަނޑެއް ވިއެވެ. ޝޭޚް އަހުރެންގެ ކައިރީގައި ފާރުގަނޑަށްވަނީ ކިހިނެއްތޯ ކޮންމެ ދުވަހަކު ސުވާލުކުރިއަސް، އެ ފާރުގަނޑު ވަނީ ކޮންތަނެއްގައިތޯ ނުއަހަތެވެ. އެއީ، ކޮންމެ ގުނަވަނެއްގެ ވާހަކަ ދެއްކުމަކީ އަދަބުވެރިކަމަކަށް ނުވާނެތީއެވެ. ބުއްދިވެރިން ބުނެއެވެ:
ކުރާ ސުވާލާ މެދު ނުވިސްނާ މީހާ، ލިބޭ ޖަވާބާ މެދު ހިތާމަކުރަން ޖެހޭނެއެވެ.
ދޮގެއް ހަދައިގެން ސަލާމަތް ވުމަށް ވުރެ ރަނގަޅެވެ.
—60—
ދޮގުހެދުން ބޮޑު އެތިފަހަރެއް ޖެހުން ފަދައެވެ. އޭގެ ސަބަބުން އުފެދޭ ފާރުގަނޑު ފަސޭހަވިއަސް، ފާރުގަނޑުގެ ލަކުނު ނުފިލައެވެ. ޔޫސުފުގެފާނުންގެ ބޭބެއިން ދޮގުހެދުން ބޮޑުވެގެން ވިއެވެ. ދެން އެމީހުންގެ ތެދުވެރިކަމަށް އޮތް އިތުބާރު އަބަދަށް ނެތި ދިޔައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ: قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا (ޤުރްއާން 12:83)
{އެބައި މީހުން އައިސް ބައްޕާ ޔައުޤޫބްގެފާނު އަރިހުގައި އެ ވާހަކަ ދެއްނެވުމުން ވިދާޅުވިއެވެ: “ކަލޭގެފާނު ވިދާޅުވާށެވެ. | އަދި ކިއެއްތަ! ތިޔަބައި މީހުންގެ ނަފުސުތައް ތިޔަބައި މީހުންނަށް (ނުބައި) ކަމެއް ޒީނަތްތެރިކޮށްދިނީއެވެ = އަދި ކިއެއްތަ! ތިޔަބައި މީހުން، ތިޔަބައިމީހުންނަށް ރަނގަޅުވާ ގޮތަށް ވާހަކައެއް ހެދީއެވެ.”}
ތެދެއް ބުންޏަސް އެމީހަކު ދައްކާ ވާހަކައެއް ޤަބޫލެއް ނުކުރެއެވެ.
Leave A Comment