ދިރިއުޅުން ހޭދަކުރާނޭ ގޮތުގެ ހަމަތައް – 4
ފިނިފެންމަލުގެ ބަގީޗާ — އަށްވަނަ ބާބުގެ ހަތަރުވަނަ ބައި
މީގެ 760 އަހަރު ކުރިން ލިޔެފައިވާ ފާރިސްކަރައިގެ ސަޢުދީ (ابومحمد مصلحالدین بن عبدالله شیرازی) ގެ ”ގުލިސްތާނު“ (ފިނިފެންމަލުގެ ބަގީޗާ) ގެ ބޮޑުބައި މިހާރު ވަނީ ތަރުޖަމާ ކުރެވިފައެވެ. ބާކީ އޮތީ ފޮތުގެ 8 ވަނަ ބާބެވެ. އެއީ އެންމެ ފަހު ބާބެވެ. ނަމަކީ ދިރިއުޅުން ވޭތިކުރާނޭ ގޮތުގެ ގަވާއިދެވެ. މި ބާބުގައި ހިމަނާފައިވަނީ، ޅެންބަހުން ދިރިއުޅުމުގެ ހަމަތަކެކެވެ. ނުވަތަ ގަވާއިދުތަކެކެވެ. ތިރީގައި މި ތަަރުޖަމާ ކުރަނީ މިގޮތުން، އެ ބާބުގައިވާ ވާހަކަތަކުގެ ތެރެއިން 40 ވަނަ ވާހަކައިން 50 ވަނަ ވާހަކައާ ހަމައަށެވެ.
—40—
ތަންފީޒުކުރުމުގެ ބާރެއް ނެތް ފަރުމާއަކީ މަކަރާއި ފަސާދައެވެ. ފަރުމާއެއް ނެތި ބާރު ބޭނުންކުރުމަކީ މޮޔަކަމާއި ޖާހިލުކަމެވެ.
މީހުންނާއި ތަކެތި ތޫނުކޮށް ވަޒަންކުރަން އެނގުމަކީ (ތަމީޒުއަކީ) ބޭނުން ކަމެކެވެ. ތަރުތީބާއި ޢަޤުލް އަށް ފަހު ދައުލަތެވެ. އަދޮނޅު މީހެއްގެ އަތުގައި ދައުލަތާއި (ބާރާއި) މުއްސަނދިކަން ޖެހުމުން، އޭނާގެ ނަފުސު ޒަޚަމްކުރާނޭ ހަތިޔާރަށް އެ ވެއެވެ.
{ޢަޤުލްއަކީ ކަންކަން ރަނގަޅަށް ފިކުރުކޮށް ވިސްނަން އެނގުމުގެ ޤާބިލްކަމެވެ. މަތީ ފެންވަރުގެ ބުއްދިއެވެ. އަނދޮޅު ގެ މާނައަކީ މޮޔައެވެ. މީހުންނާއި ތަކެއްޗާއި ކަންކަން ތޫނުކޮށް (ފުންކޮށް) ވަޒަންކުރުމުގެ ގާބިލުކަމަށް ކިޔަނީ ތަމީޒު އެވެ. އިނގިރޭސި ބަހުން discernment ޑިސްސާރންމަންޓް އެވެ. މިސާލީ، ”މީހެއްގެ ރަޙްމަތްތެރިން އެނގެނިކޮށް މީހާ އެނގެއެވެ. އެހެން ކަމުން، އެކު އުޅޭނޭ މީހުން ކަނޑައަޅަންވާނީ ތަމީޒާއެކު އެވެ.“}
—41 —
ކައިފައި ތަކެތި ބަހާ އުޅޭ ދީލަތި މީހެއް، ރޯދަހިފައި ތަކެތި ބައްކުރާ އަޅުވެރިއަކަށް ވުރެ ރަނގަޅެވެ.
—42 —
ހަލާލު ކަންތައްތަކުން ނަހަލާލު ކަންތައްތަކަށް ހުށަހެޅިއްޖެއެވެ.
އެހީތެރިއެއް ނެތް މީހެކެވެ. އަނދިރީގައި މޫނުބަލާ ލޯގަނޑަކުން ފެންނާނީ ކޮން އެއްޗެއް ހެއްޔެވެ؟
ކުދި [ތަކެތި ނުވަތަ ކަންތައްތައް] އެކުވުމުން ބޮޑު ވެއެވެ. ހިމަ ތިކިތައް ބޯ ކެރިއަށް ވެއެވެ. މި ބުނީ ބާރެއް ނެތް މީހާ އެއްކުރާނީ އޮށްގަލެވެ. ނަމަވެސް، ރަނގަޅު ފުރުޞަތު ލިބުމުން އޭނާގެ ހަތުރުގެ ބޮޑާކަން ނައްތާލާނެއެވެ.
ކޮށާރަކީ ވަކި ފުއްތަކަކުން އެކުލެވިފައިވާ ފުންޏެކެވެ.
—43—
އާދައިގެ މީހެއް މޮޔަކަމެއް ކުރާތަން ދެކޭ ޢިލްމުވެރިޔަކު ހަމަހިމޭނުން ހުރެފިނަމަ، ދެމީހުންނަށް ދެރަ ލިބެއެވެ. ޢިލްމުވެރިޔާގެ ޤަދަރު ކުޑަވުމާއި ދެރަ މީހާގެ ނޭނގޭކަން ޔަޤީންވުމެވެ.
އޭނާގެ ބޮޑާކަމާއި ގޮތްދޫނުކުރުން މަތިވެއެވެ.
—44 —
ކޮންމެ މީހަކު ފާފައެއް ކުރިއަސް އެކަން ވާނީ ކުށްވެރިކުރެވޭ ކަމަކަށެވެ. ނަމަވެސް، ޢިލްމުވެރިއަކު އެފަދަ ކަމެއް ކުރުމުން އެކަން ބޮޑަށް ކުށްވެރިކުރެވޭނެއެވެ. އެހެނީ، ޢިލްމަކީ ޝައިޠާނާއަށް ހަމަލާދެވޭ ހަތިޔާރެކެވެ. ހަތިޔާރެއް އޮތް މީހަކު ބަލިކޮށް ޤައިދުކުރެވުމުން އެކަމުގެ ލަދުވެތިކަން ސަފުން ބޮޑެވެ.
ނަމަވެސް ކުރިން ބުނި މީހާ ވަޅަކަށް ވެއްޓެނީ ދެލޯ ތަންމިނަށް ހުޅުވައިގެން ހުރެއެވެ.
—45 —
ދިރިހުއްޓައި އޭނާގެ ރޮށި އެހެން މީހުން ނުކާނަމަ، މަރުވުމުން އެހެން މީހުން އޭނާގެ ހަނދާނެއް ނުހުންނާނެއެވެ. ހުވަފަތް އަންހެނަކަށް އަންގޫރު (މޭބިސްކަދުރު) ގެ އުފާ އެނގޭނެއެވެ. ނަމަވެސް، މޭވާތަކުގެ ސާހިބުގެ ލައްޒަތެއް ނޭނގޭނެއެވެ. މާތް ﷲ ރުއްސުންލެއްވި އަދުލުވެރި ޔޫސުފުގެފާނު ބަނޑުފުޅުބޮޑުވަންދެން މިސުރުގައި ފަރިއްކުޅުއްވާ ނުހައްދަވަތެވެ. އެއީ، ބަނޑުފައިވެފައިވާ މީހުންގެ މަތިން ހަނދުމަފުޅު ނެތިދާނެކަމުގެ ބިރަށެވެ.
ފަޤީރުންގެ ޙާލަތަށް ހޭލުންތެރިވާނެއެވެ.
އެއީ އެގޭ ކުޑަދޮރުން ބޭރުވާނީ އޭނާގެ ހިތުގައިވާ ދުމެވެ.
އިރުޝާދު 19
ތަދު އަހަރެއްގައި، ނިކަމެތި ޙާލަތެއްގައިވާ ދަރުވޭސީއެއްގެ ކައިރީގައި އޭނާގެ ހާލުގެ ވާހަކައިން ނާހާށެވެ.
ތިބާގެ ޅިނދަށް ބާރުލާފައި ފިރިހެނެއްހެން އޭގެ ނަގުލުގައި ހިފާށެވެ.
—46 —
ވައިގެ ޚަޒާނާއަށް ޢައްޔަނުކުރެވިފައިވާ މަލާއިކަތު،
ހުވަފަތް އަންހެނެއްގެ ބައްތި ނިވިދާނެތީ ކަންބޮޑެއް ނުވެއެވެ.
އިރުޝާދު 20
މިނިކާވަގެއްގެ ނުވަތަ ސިންގާއެއްގެ އަނގަތެރެއަށް ދުވެފައި ގޮސް ވަނަސް
އަޖަލުހަމަވާ ދުވަސް ނޫންނަމަ، އެއެއް ތިބާ ކައެއް ނުލާނެއެވެ.
—47 —
ނުބަހައްޓާ އެއްޗަކަށް އަތެއް ނުފޯރާނެއެވެ. ބެހެއްޓި އެއްޗެއް، ކޮންމެ ތާކު ހުއްޓަސް އެއަށް އަތްފޯރާނެއެވެ.
(އާބުޙަޔާތަކީ ޚިޔާލީ ފެނެކެވެ. މި ފެން ބޮއެފިނަމަ، ޒުވާންކަން މަތީ އަބަދު ދެމިހުންނަ، މަރުނުވާ ފެނެކެވެ.)
—48—
މުއްސަނދިކަން ލިބިފައި ވުމާއެކު އިސްރާފު ކުރާ މީހާއީ ގިރިޓީކޮށްފައިވާ ކިސަނޑު ގަޑެކެވެ. އަޅުވެރި ދަރުވޭސީއަކީ ކިލާވެފައިވާ ސްވީޓްހާޓެކެވެ. ފަހުން މި ބުނެވުނު މީހާއީ މޫސާ ޢަލައިހިއްސާލަމުގެ ފޮތިއެޅި ލިބާސްކޮޅެވެ. ކުރިން މިބުނި މީހާއީ ފިރުއައުނުގެ ޖަވާހިރުން ޒީނަތްތެރިކޮށްފައިވާ ތުބުޅިއެވެ. އެކަމަކު ރަނގަޅު މީހުން، ހިތާމައިގެ ވަގުތުގައި މޫނުމަތި އަލިކޮށް ބަހައްޓައެވެ. މުއްސަނދީން ތަނަވަސްކަމުގެ ވަގުތުގައި ވެސް ބޯއެލުވައެވެ.
މުއްސަނދިކަމާއި ޤަދަރެއް ތިބާމެންނަކަށް ނުވެއެވެ.
—49—
ހަސަދަވެރިޔާ އަކީ، ﷲ ގެ ދީލަތިވަންތަކަމަށް ދަހި މީހެކެވެ. އަދި މަޢުޞޫމުންނަށް (ކުށެއްނެތް މީހުންނަށް) ހަތުރުން ފަދައިން ނުރުހުންވާ މީހެކެވެ.
ނަޞީބުވެރި މީހުންގެ ކުށަކީ ކޮބައި ހެއްޔެވެ؟“
އޭނާއަށް ހަސަދަވެރިކަން ދެއްކުމުގެތިބާ ބޭނުމަކީ ކޮބައި ހެއްޔެވެ؟
—50—
ނިޔަތެއްނެތި، ދަރުވޭސީއަކަށް ވާން އުޅޭ ދަރިވަރެއް، ފައިސާނެތް ލޯބިވެރިއެއް ފަދައެވެ. މަޢުލޫމާތު ނެތް ދަތުރުވެރިޔާ، ފިޔަނެތް ދޫންޏެއް ފަދައެވެ. ޢަމަލުނުކުރާ ޝޭޚެއް މޭވާ ނާޅާ ގަހެއް ފަދައެވެ. ޢިލްމު ނުވާ ސޫފީއަކު، ދޮރެއްނުވާ ގެއެއް ފަދައެވެ. ޤުރްއާން ބާވައިލެއްވުނީ މޫރިތި ޚުލްޤެއް ލިބިގަތުމަށެވެ. މާނަ ދޭހަނުވާ ގޮތަށް ސޫރަތްތައް އަމުނާކަށް ނޫނެވެ. ލިޔަންކިޔަން ނުދަންނަ އަޅުވެރިއެއް، ހިނގާފައި ދަތުރުކުރާ މީހެއް ފަދައެވެ. އަދި ފަރުވާކުޑަ ޢިލްމުވެރިޔާ އަކީ ނިދާފައި ހުރެ ދަތުރުކުރާ އަސްވާރެކެވެ. ދުޢާއަށް އަތްނަގާ ފާފަވެރިޔާ، އެ އަތް ފަޚުރުވެރިކަމާ އެކު ބޮލުގައި ބާއްވާ އަޅުވެރިއަކަށް ވުރެ ހެޔޮވެގެން ވެއެވެ.
މީހުންނަށް އަނިޔާކުރާ ފިޤުހު ޢިލްމުވެރިއަކަށް (ފާޤިހުއަކަށް) ވުރެ މޮޅުވެގެން ވެއެވެ.
ކިޔަވައިގެން ހުރެމެ، ކިޔެވުމަށް ޢަމަލުނުކުރާ މީހާގެ މިސާލީ ކޮބައިތޯ އެހެމުން ޖަވާބުގައި ބުނެވުނެވެ: ”މާމުއި ނުއުފައްދާ މާމުއިކުޅަދުރެކެވެ.“
”ސަފުން މާމުއި ނުއުފައްދާއިރު، ނުލަފާކަމުން ކަށި ނުޖަހާ ވޭތޯ ބަލާށެވެ.“
Leave A Comment