ކޮންމެ މީހަކަށް ވެސް އޮޅުން ފިލާގޮތަށް
ކޮރޯނާވައިރަސް

މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ، ކޮންމެ މީހަކަށް ވެސް އޮޅުން ފިލާގޮތަށް، އައްވަލުން ފެށިގެން ކޮރޯނާވައިރަސް އާއި އެއިންޖެހޭ ބައްޔާ ބެހޭ ވާހަކަތަކެވެ. މަޢުލޫމާތު އެނގުމަކީ ބުއްދި ފަހިވާކަމެކެވެ.
މީހަކު ތިބާގެ ކައިރީގައި ދުނިޔޭގައިވާ އެންމެ ކުޑަ ދިރުން ހުރި އެއްޗަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ބުނާނީ ކީކޭތޯއެވެ؟ ހިންޏަކީ ވަރަށް ކުޑަ އެއްޗެކެވެ. ނަމަވެސް، ހިންޏަށް ވުރެ އިސްތަށިގަނޑުގައި އަޅާ އުކުނުގެ ކުދި ތަކެތި ނުވަތަ އުކުނުގެ ލީ މާ ކުއްޖެވެ. ނަމަވެސް ލޮލަށް އެފެނެއެވެ. ޙަޤީޤަތުގައި ލޮލަށް ނުފެންނަ ވަރުގެ ކުދި ތަކެތި އުޅެއެވެ. ދިރުން ހުންނަ ތަކެއްޗެވެ.
ަ މީހުންގެ ލޮލަށް އެންމެ ކުޑައެއްޗަކަށް ފެންނަނީ އިސްތައްޓެއްގެ ފުޅާމިނުގައި ހުންނަ އެއްޗިއްސެވެ. އެއީ ގާތްގަޑަކަށް މިލިމީޓަރެއްގެ ދިހަބައިކުޅަ އެއްބައި މިންވަރެވެ. އާދެ! އިސްތައްޓެއްގެ ދިގުހުރަސް މިނަކީ މިލިމީޓަރެއްގެ ދިހަބައިކުޅަ އެއްބައެވެ. ނުވަތަ 0.1 މިލިމީޓަރެވެ. އެހެންކަމުން ދިހަ އިސްތަށި ޖެހިޖެހިގެން ބަރިއަކަށް ބާއްވައިފި ނަމަ، އެ ބަރީގެ ފުޅާމިނުގައި ހުންނާނީ މިލިމީޓަރެކެވެ. މިލިމީޓަރަކީ، ފަތިގަނޑެއްގައި އެންމެ ކުދިކޮށް ފާހަގަކޮށްފައި ހުންނަ މިންވަރެވެ. ބައެއް ތަކެތީގައި މިން އަޅަން މިވަރުވެސް ބޮޑުކަމުން، އެ މިންވަރު ނުވަތަ އެއް މިލިމީޓަރު 1000 ބައިކޮށްގެން ބޭނުން ކުރެއެވެ. މިއިން ބަޔަކަށް ކިޔަނީ މައިކްރޮން އެވެ. އެ މިންވަރު ހާދަކުދިވާނެއެވެ. ޚިޔާލަށް ގެންނަވާށެވެ. ލޮލަށް ފެންނަ އެންމެ ކުޑަމިނަކީ މިލިމީޓަރެއްގެ ދިހަބައިކުޅަ އެއްބައެވެ. މިލިމީޓަރެއް 1000 ބައިކުރުމުން، އޭގެ ދިހަބައިކުޅަ އެއްބައިގައި ވާނީ ސަތޭކަ ބައެވެ. 1000 ÷ 10 = 100 އެވެ. އާދެ! ކުރުކޮށް ދަންނަވާ ނަމަ، ލޮލަށް މިފެންނަނީ 100 މައިކްރޮން އެވެ. އެއަށް ވުރެ ކުދި ތަކެތި ލޮލަކަށް ނުފެންނާނެއެވެ.

ތުކި! މިދެންނެވުނީ އަދި މުޅިއަކުން ރަނގަޅަކަށް ނޫނެވެ. އެކި މީހުންގެ ލޮލުގެ ފެނުމުގެ ބާރު ތަފާތުކަމުން ބައެއް މީހުންނަށް 100 މައިކްރޮން އަށް ވުރެ ކުދި ތަކެތި ފެންނާނެއެވެ. އަނެއް ކަމަކީ، ހުރިހާ ތަނަކު ފަޅާ އިސްތަށީގެ ހުރަސްމިން ތަފާތުކަމެވެ. އޭޝިއާގެ ބައެއް މީހުންގެ އިސްތަށީގެ ދިގުހުރަސް މިނުގައި 200 މައިކްރޮން ހުރެއެވެ. ބައެއް ލޯލީގައި ހުންނަނީ 50 މައިކްރޮން އެވެ. ޢާއްމުކޮށް ޔޫރަޕުގެ މީހުންގެ އިސްތަށި ހިމަވާނެއެވެ.
ލޮލަށް ނުފެންނަ ވަރުގެ ހިމަ ދިރޭތަކެތި އުޅެއެވެ. މިފަދަ ތަކެތި އުޅޭކަން އަޅުގަނޑުމެންނަށް އެނގެނީ ބޮޑުވާ ބިއްލޫރި ބޭނުންކޮށްގެން ބެލީމައެވެ. މޫދުން ނަގާ ވެއްޔަށް ބޮޑުވާ ބިއްލޫރިން ބެލުމުން ހަމަ ލޮލަށް ނުފެންނަ އެތައް އެއްޗެއް އުޅޭތަން ފެނެއެވެ. އެއް ގަނޑު ބޮޑުވާ ބިއްލޫރިން ބޮޑުވާ ވަރަށް ވުރެ ބޮޑަށް ތަކެތި ބޮޑުކޮށް ފެންނަ ގޮތެއް އޮވެއެވެ. އެއީ ބޮޑުވާ ބިއްލޫރީގެ ދެ ގަނޑު ބޭނުންކުރުމެވެ. އެއްގަނޑުން ފެންނަ ސޫރައަށް ނުވަތަ ހިޔަންޏަށް އަނެއް ބޮޑުވާ ބިއްލޫރިން ބެލުމުން ތަކެތި ފެންނަ މިންވަރު އެތައް ގުނައަކަށް ބޮޑުވެއެވެ. މިގޮތަށް ދެ ބިއްލޫރިގަނޑު ބޭނުންކޮށްގެން ކުދި ތަކެތި ބޮޑުކޮށް ފެންނަގޮތަށް ހަދާފައި ހުންނަ އާލަތަށް ކިޔަނީ މައިކްރޮސްކޯޕް އެވެ. މައިކްރޮސްކޯޕްގައި، ހިފަހައްޓަން ފަސޭހައަކަށް ހޮޅިއެއްގައި ދެ ބިއްލޫރިގަނޑު ހަރުކޮށްފައި ހުރެއެވެ. އަމިއްލައަށް ގޭގައި ހަދާނަމަ، ފުރަތަމަ ބިއްލޫރިގަނޑުގެ މެދު ވަރަށް ބޯ ވާން ވާނެއެވެ.
މައިކްރޮސްކޯޕަކުން ބެލުމުން މުޅިން އެހެން “ދުނިޔެއެއް” ފެނެއެވެ. ލޮލަށް ނުފެންނަ އެތައް އެއްޗެއް ދުނިޔޭގައި ވާކަން ހާމަވެއެވެ. ދިރުން ހުންނަ ތަކެއްޗެވެ. މިގޮތަށް އެންމެ ފުރަތަމަ ފެނުނު ތަކެތި ހުންނަނީ ދައިގެ ފޯހެން ނުވަތަ އަސައެއްހެން ދިގުކޮށެވެ. އެހެންކަމުން، އެފަދަ އެއްޗިއްސަށް ކީ ނަމަކީ ޔޫނާނީ ބަހުން ކުރު އަސައަށް ކިޔާ ނަން ކަމުގައިވާ ބެކްޓީރިއާ އެވެ.
އެކި ބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުގެ ދިޔަތަކަށް މައިކްރޮސްކޯޕުން ބެލުމުން ބަލިމީހުންގެ ދިޔަތަކުގައި ޞިއްޙަތު ރަނގަޅު މީހުންގެ ގައިގައި ނުހުންނަ ބެކްޓީރިއާ ހުންނަކަން ފާހަގަ ކުރެވުނެވެ. އެހެންކަމުން ބައެއް ބަލިތަކުގެ އަޞްލަކީ އެކި ބެކްޓީރިއާކަން ދެނެގަނެވުނެވެ. ބެކްޓީރިއާ އިން ޖެހޭ ބަލިތަކުގެ ތެރޭގައި، ކެއްސުންބައްޔާއި، ކިހުނުވުމާއި، ކޮލެރާ އާއި ޖުޒާމުބަލި ހިމެނެއެވެ. ތިރީގައި އެވާ ފޮޓޯގައިވަނީ މައިކްރޮސްކޯޕަކުން ނަގާފައިވާ ކިހުނުބަލި ނުވަތަ ސިފިލިސް ޖައްސާ ބެކްޓީރިއާ ގެ ފޮޓޯއެކެވެ.
ބެކްޓީރިއާ ފެނުމާއި އެއިން ބަލިޖެހޭކަން އެނގުމުން، ބަލިތަކުން ރައްކާތެރިވެވޭނޭ ގޮތް ހޯދިއެވެ. ބަލިން ރައްކާތެރިވާނެ އެއްގޮތަކީ ފެންފަދަ ތަކެތި ބުއިމުގެ ކުރިން ފުރޭނުމެވެ. ފުރާނަން ބޭނުންކުރަނީ ބެކްޓީރިއާއަށް ދަތުރުނުކުރެވޭ ފަދަ ހިމަ ލޯވަޅު ހުންނަ އެއްޗިއްސެވެ. މިސާލެއްގެ ގޮތުން މުށިން ހަދާފައި ހުންނަ ފުރޭންޏެވެ. މިފަދަ ފުރޭންޏެއްގެ ވިދުތަކުން ބެކްޓީރިއާއަށް ނުދެވޭތީ ފުރޭނިގެން ފައިބާ ފެނުގައި ބެކްޓީރިއާއެއް ނުހުންނާނެއެވެ.
ވައިރަސް ފެނުން
ބޮޑުވާ ބިއްލޫރިން ހަދާ މައިކްރޮސްކޯޕުން އެންމެ ކުޑަކޮށް ފެންނާނީ ގާތްގަނޑަކަށް 0.2 މައިކްރޮން ގެ ދިރޭ ތަކެއްޗެވެ. 1892 ވަނަ އަހަރު ރަޝިޔާގެ ސައިންޓިސްޓަކު މުހިއްމު ތަޖުރިބާއެއް ކުރިއެވެ. މީނާގެ ބޭނުމަކީ، ދުންފަތް އުފައްދާ ގަހުގެ ފަތުގެ ލައްޖެހުމުގެ ސަބަބު ދެނެގަތުމެވެ. އޭނާ ހެދިގޮތަކީ، ބަލިޖެހިފައިވާ ފަތެއް ޗިސްކޮށް އޭގެ ދިޔަ، ތަށިމުށި ފުރޭންޏަކުން ފުރޭނީއެވެ. މިގޮތަށް ފުރޭނުމުން، އެ ދިޔައިގައި އެއްވެސް ބެކްޓީރިއާއެއް ނުހުންނާނެއެވެ. ދެން އެފަތުގެ ދިޔަ އެހެން ގަހެއްގެ ފަތުގައި ހޭކުމުން ފަތުގައި ލައްޖަހާ ބަލި އެ ގަހަށް ޖެހުނެވެ. މިކަން ތަކުރާރުކުރުމުން ވެސް ނުކުތީ އެއް ނަތީޖާއެކެވެ. މީނާއަށް ވިސްނުނީ، ފުރޭނީގެ ތެރެއިން ފޭދިގެންދާ، މައިކްރޮސްކޯޕުން ނުފެންނަ ބަލިޖައްސާ މާއްދާއެއް ވާކަމެވެ. އަދި ބަލީގެ އަސްލަކީ އެއީ ކަމެވެ. މި އެއްޗަށް އޭނާކީ ނަމަކީ ވައިރަސް އެވެ. މި ލަފުޒުގެ މާނައަކީ ލެޓިން ބަހުން ވިހައެވެ.

އެތައް ބަޔަކު މިފަދަ ތަޖުރިބާތައް ކޮށް، ފުރޭނީގެ ތެރެއިން ދާހާ ކުދި ބަލި ޖައްސާ އެއްޗެއް ވާކަން ދެނެގަނެފައި ވެއެވެ. މިކަން މިހެން ވެފައިވަނިކޮށް، 1931 ވަނަ އަހަރު ޖަރުމަނުގެ ސައިންސްވެރިން، މައިކްރޮސްކޯޕުން ނުފެންނަހާ ތަކެތި ފެންނަ އިލެކްޓްރޮނިކް އެއްޗެއް އުފައްދައިފިއެވެ. ވައިރަސް އެންމެ ފުރަތަމަ ފެނި އޭގެ ސިފަތައް ބަޔާންކުރެވުނީ މިކަމާ ގުޅިގެންނެވެ. ފަހުން ބޮޑެތި ވައިރަސް ފެނިފައި ވެއެވެ. މިފަދަ ވައިރަސް ބޮޑުކަމުން ގޮސް ބޮޑުވާބިއްލޫރިން ހަދާފައިހުންނަ މައިކްރޮސްކޯޕުން ފެންނަހާ ބޮޑެވެ. ނަމަވެސް ގިނަ ވައިރަސް އަކީ އެއިން ފެންނަވަރަށް ކުދި އެއްޗިއްސެވެ.
ވައިރަސް ފެނި އޭގެ ޠަބީޢަތް އެނގުމުން، އެންމެ ބޮޑު އެއް މައްސަލައަކަށްވީ އެއީ ދިރޭ އެއްޗެއްތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލެވެ. ދިރޭ ތަކެއްޗަކީ ހަރަކާތްކުރާ، ގިނަވާ ތަކެއްޗެވެ. ނަމަވެސް ވައިރަސްއެއް ވަކިން އޮންނައިރު ދިރޭއެއްޗެއްގެ އެއްވެސް ސިފައެއް އޭގައި ނުވެއެވެ. އެއަށް އެ ސިފަތައް ލިބެނީ ކޮންމެވެސް ދިރޭއެއްޗެއްގެ ސެލްގެ ތެރެއަށް ވަދެވުމުންނެވެ. އެފަހުން އެ ގިނަވެ ދިރޭ ތަކެތީގައި ސިފަތައް އެއިން ފެނެއެވެ. ވަކިން އޮންނަ ވައިރަހެއް ހޫނުކުރުމުން ނުވަތަ “ކެމިކަލެއްގައި” ޖެހުމުން އެ “މަރުވެއެވެ”. އޭގެ ފަހުން ދިރޭ ސެލްއެއްގެ ތެރެއަށް ލިޔަސް އެއްވެސް ކަމެއް ނުކުރެވެއެވެ.
ވައިރަސް އަކީ ދިރޭ އެއްޗެއް ކަމުގައި ވަނީނަމަ، އޭގައި ދިރުން ހުންނަނީ ސެލްއަކަށް ވަނުމުން ކަމަށް ބުނެއެވެ. ވައިރަސް އިން ޖައްސާ ބަލިތަކުގެ ތެރޭގައި ޕޯލިއޯ އާއި ޢާއްމު ރޯގާ އާއި އެއިޑްސް އާއި ފާނަބަސަންދު ހިމެނެއެވެ.
ކޮރޯނާވައިރަސް
އަޅުގަނޑު ކުރިން އިޝާރާތް ކުރި އިލެކްޓްރޮނިކް އާލަތުން ވައިރަސްއަށް ބެލުމުން އެކި ސިފަސިފައިގައި ވައިރަސް ހުންނަތަން ފެނެއެވެ. އޭގެ ތެރޭގައި ދިގުކޮށް ފޯއްޔެއްހެން ހުންނަ ވައިރަސް އާއި ހޮޅިހެން ހުންނަ ވައިރަސް އާއި ވަށްކޮށް ހުންނަ ވައިރަސް ހިމެނެއެވެ. އަދި ވަކި ޚާއްޞަ އެއް ވައްތަރު ވެއެވެ. އެއީ ގިނައިން ޖަނަވާރުތަކުގައި އުޅޭ އެއަށް ބަލިޖައްސާ ވައިރަސް އެވެ. އޭގެ ބައްޓަން ހުންނަނީ ވަށްކޮށެވެ. ހުރިހާ ފަރާތަކުން ގޮބުލާފައި ހުންނަ އިނގިލިތަކެއް ނުކުމެފައި ހުރެއެވެ. ބަލައިލުމުން ވައްތަރުވާނީ ބައެއް ރަސްކަލުން ބޮލުގައި އަޅާ ޖަވާހިރު ޖެހި ތާޖަކާއެވެ. ސައިންސްވެރިން މިބާވަތުގެ ވައިރަހަށްކީ ނަމަކީ ކޮރޯނާވައިރަސް އެވެ. ކޮރޯނާ ލެޓިން ބަހުން ކިޔަނީ ތާޖަށެވެ. ތިރީގައިވާ ފޮޓޯއަށް ނަޒަރު ހިންގަވާލައްވާށެވެ! އެއިން ފެންނަނީ އިލެކްޓްރޮނިކް ބޮޑުކުރާ އެއްޗަކުން ވައިރަސް ފެންނަގޮތާއި ކުރެހުމުން އޮންނަ ސިފައާއި ތާޖެކެވެ. ވައްތަރުތޯއެވެ؟
ކޮރޯނާވައިރަސް އަކީ ބުޅަލާއި ކުއްތާއާއި ވާލާއި އަހާއި މިފަދަ ތަކެތީގައި އުޅޭ އެއްޗެކެވެ. އިންސާނުންގެ ގަޔަށް ވެސް މިއަރައެވެ. އާދައިގެ ރޯގާ ޖެހެނީ ވެސް ކޮރޯނާވައިރަސް އަކުންނެވެ.
މިހެން މިކަން ހިނގަމުން ދަނިކޮށް، ޗައިނާގެ ވޫހާން ކިޔާ ސަހަރުގެ އެއްގަމުމަހާއި ކަނޑުމަސް ވިއްކާ މާރުކޭޓެއްގެ ކައިރި ހިސާބަކުން މާބޮޑު ރޯގާއެއް ފެތުރެން ފަށައިފިއެވެ. މި ރޯގާގެ ސަބަބުން ބައެއް މީހުން ބަލިވިއެވެ. މި ބައްޔަށް ކީނަމަކީ Corona Virus Disease 2019 (ކޮރޯނާވައިރަސް ޑިސީސް) އެވެ. 2019 އަކީ އެންމެ ފުރަތަމަ މި ބަލި ފެނުނު އަހަރެވެ. ޑިސީސް ކިޔަނީ ބައްޔަށެވެ. ކުރުކޮށް ކިޔަނީ covid-19 އެވެ.
މިބާވަތުގެ ވައިރަސް އުޅެނީ ޢާއްމުކޮށް ވާލުގައެވެ. އެހެންކަމުން އިންސާނުންނަށް މިއެރީ ކިހިނެއް ވެގެން ހެއްޔެވެ؟ ޖަވާބެއް އެއްވެސް މީހަކަށް ޔަޤީނެއް ނޫނެވެ. ޔަޤީންވާ ކަމަކީ ކޯވިޑް-19 އަކީ ވާލަށްޖެހޭ ބައްޔެއްކަމެވެ. ލަފާކުރެވޭ ގޮތުން، ކޮންމެވެސް އެހެން ޖަނަވާރެއް ބަލިޖެހިފައިވާ ވާލެއް ކެއީއެވެ. ދެން އެ ބަލިޖެހުނު ޖަނަވާރު، މީހުން ރަނގަޅަށް ރޯނުފިލުވައި ކެއީއެވެ. ހަރުފައާއި ބާޒާއި ބަކަމޫނާއި ބުޅަލުގެ ކާނާއަކަށް ވައު ވެއެވެ. ޗައިނާގެ ބައެއް މީހުންނަކީ މިތަކެތި ކައިއުޅޭ ބައެކެވެ.

ވޫހާން ސަހަރަކީ މާލ ފަދައިން ބައިބޯ ސަހަރެކެވެ. އެހެންކަމުން ވަރަށް އަވަހަށް އެރަށުގައި މިރޯގާ ފެތުރި އެތަނުން ޗައިނާގެ އެހެން ހިސާބުތަކަށް ފެތުރުނެވެ. ދެން ޗައިނާއިން އެތައް ޤައުމަކަށް ފެތުރިގެން ދިޔައެވެ. އެންމެ ބޮޑަށް އަސަރުކުރި ޤައުމުތަކުގެ ތެރޭގައި އީރާން އާއި އިޓަލީ އާއި ސްޕެއިން ހިމެނެއެވެ.

ބަލީގެ އަލާމަތްތަކާއި ފެތުރުން
ކޮރޯނާވައިރަސް ރޯގާ ޖެހުމުން ވާގޮތް ކަމަށް ބުނަނީ ނޭފަތުން ފެން ފޭބުމާއި ހިކި ކެއްސުމެއް ހުރުމާއި ކަރަށް ތަދުވުމާއި ހުން އައުމެވެ. ގިނަ މީހުންނަށް ބަލިޖެހުމުން އެއްވެސް އަލާމަތެއް ނުފެނި ރަނގަޅުވެއެވެ. މުސްކުޅި އުމުރުގެ ބައެއް މީހުންނަށް މި ބަލިޖެހުމުން ނޭވާލާން ދަތިވެއެވެ. އެއީ ފުއްޕާމޭ ދުޅަވުމުގެ ސަބަބުންނެވެ. މިކަމުން އަރައިނުގަނެވޭ މަދު ބަޔަކު މަރުވެއެވެ. މަރުވާކަމަށް ބުނަނީ ބަލިޖެހޭ މީހުންގެ ތެރެއިން ކޮންމެ ސަތޭކަ މީހުންގެ ތެރެއިން އެކަކު ނުވަތަ ދެމީހެކެވެ. ރޯގާ ފެތުރެނީ އެކަކެއްގެ ދިޔަ (ކެއްސުމުން ނުކުންނަ އަރުދަފުހާއި ކުޅާ އެކު ހުންނަ ވައިރަސް) އެހެން މީހެއްގެ ހަށިގަނޑުގެ އެތެރެއަށް ދިއުމުންނެވެ. އެއަރ ކޮންޑިޝަން ކޮށްފައި ހުރި ތަނެއްގެ ހޮޅިން މި ވައިރަސް ދަތުރުކޮށް އެހެން މީހަކަށް ޖެހުނު ކަމަށް އެއް ލިޔުމެއްގައި ބުނެއެވެ.
ބަލީގައި މަރުވަނީ މުޅިންހެން މުސްކުޅިންނެވެ. ޢުމުރުން 50 އަހަރުން ނުވަތަ 60 އަހަރުން މަތީގެ މީހުންނެވެ. ތިރީގައި އެވާ ޗާޓުގައި އެވަނީ އުމުރުން ރޯގާގައި މަރުވި މީހުންގެ އިންސައްތައެވެ.
ޗައިނާގެ އާބާދީގެ ނިސްބަތުން ކޮރޯނާވައިރަސް ރޯގާގައި މަރުވީ މަދު ބައެކެވެ. އެ ނިސްބަތް ދިވެހިރާއްޖޭގެ އާބާދީއަށް ރިއާޔަތްކޮށްފިނަމަ، މި ރޯގާގައި މަރުވާނެކަމަށް ހިސާބުތަކުން ދައްކާނީ އެންެމެ މީހެކެވެ. ސޯޝަލްމީޑިއާގެ ބާރުން މައުުލޫމާތު ދުނިޔެއަށް ފެތުރޭލެއް ބޮޑުކަމުން، ރާއްޖެއިން ވަނީ ރޯގާއާ ގުޅިގެން މާޒީގައި ދުވަހަކުވެސް އަޅާފައިނުވާ ފިޔަވަޅުތަކެއް އަޅާފައެވެ. ޖަމާޢަތުގައި ނަމާދުކުރުން ވެސް، އަދި ހުކުރުން ކުރުން ވެސް ހުއްޓާލާފައެވެ. ސަރުކާރާއި ކިޔަވައިދޭ ތަންތަން ބަންދުކޮށްފައެވެ. ރާއްޖޭގެ ގިނަ މީހުން ދިރިއުޅެނީ ވަކިވަކި ރަށްރަށުގައި ކަމުން، ރޯގާގެ އަސަރު ރާއްޖެއަށް ކުރާލެއް ވަކިން ކުޑަވާނެއެވެ. އަދި ދުނިޔޭގެ ބޮޑެތި ސިޓީތަކާއަޅާ ބަލާއިރު، މާލެއާއި ހުޅުމާލެ ފިޔަވައި އެހެން ދިވެހި ރަށްތަކުގައި ކޮންޓްރޯލްކުރަން ފަސޭހަވާނެއެވެ.
Thank you sir
Excellent article
Varah furihama liyumeh. Jazakallah khairan
Wow mee fakka Article eh fhank you sir
Saluted
Dr Hassan Hameedh, thafaathu beyfulheh! Phd eh othas, komme meehakee ilmuverieh kamugai nuvaane. Haqeeqee ilmuverinnakee madhu bayeh!
Jazaakallahu khairan! maloomaath varah furihama. Shukuriyyaa
Salute
Salute you sir. This is how our educated PhDs should work to educate the public unlike some politically corrupted PhDs.
An excellent article. Thank you sir, this information will be a great help for the future generations to understand this difficult time we are going through now.
One of the best.
Thank you
ވަރަށް ފުރިހަމަ މަޒުމޫނެއް ސަރގެ ތިމަސައްކަތަށް ޝުކުރުވެރިވަން ފަރުދީޒިންމާ# staysafestayhome
mifadh ithuri liunthah hadhiyaa kurahvaane kamah ummeedhu Kiran,
Haadha furihama mauloomayey
excellent piece, Doctor. many thanks
Nimmaaliley keenaakamun heevanee mi fitavalhuthakaa DR hippulhaanuvaahen. DR likes Italy
ވަރަށް ގިނަ ފައިދާހުރި މަައުލޫމާތު ހިމެނޭ މަޒުމޫނެއް..
. ޝުކުރިއްޔާ ޑރ ޙަމީދު ޙަސަން
varah salhi mi artical mifadha thauleeme beyfulhunge foy kiumakee mauloomaahu musadhivaaneka,eh kan yageen sukuriyaa
Varah furihama mauloomaathu kolheh mi bali jehifa thibi meehunnai medhu visnaleema thi article lun varah furihama mauloomaatheh libijje
މުށި ފުރޭންޏަކި ކޮބައިތޯ؟
https://www.aliexpress.com/item/32813088127.html
ޝުކުރިއްޔާ ސރ!. ވަރަށް މުނާސަބު ބޭނުންތރި މައުލޫމާތެއް.
v furihama mauloomath kolhen
Miee alhugandah libunu varah agubodu ehaime faseyhain dheyhavi adhi dhavenimunu ilmee khazaanaaeh.
Adhives ginaginain beynun.
Thanks Sir