ދިރިއުޅުން ހޭދަކުރާނޭ ގޮތުގެ ހަމަތައް -3
ފިނިފެންމަލުގެ ބަގީޗާ — އަށްވަނަ ބާބުގެ ތިންވަނަ ބައި
މީގެ 760 އަހަރު ކުރިން ލިޔެފައިވާ ފާރިސްކަރައިގެ ސަޢުދީ (ابومحمد مصلحالدین بن عبدالله شیرازی) ގެ ”ގުލިސްތާނު“ (ފިނިފެންމަލުގެ ބަގީޗާ) ގެ ބޮޑުބައި މިހާރު ވަނީ ތަރުޖަމާ ކުރެވިފައެވެ. ބާކީ އޮތީ ފޮތުގެ 8 ވަނަ ބާބެވެ. އެއީ އެންމެ ފަހު ބާބެވެ. ނަމަކީ ދިރިއުޅުން ވޭތިކުރާނޭ ގޮތުގެ ގަވާއިދެވެ. މި ބާބުގައި ހިމަނާފައިވަނީ، ޅެންބަހުން ދިރިއުޅުމުގެ ހަމަތަކެކެވެ. ނުވަތަ ގަވާއިދުތަކެކެވެ. ތިރީގައި މި ތަަރުޖަމާ ކުރަނީ މިގޮތުން، އެ ބާބުގައިވާ ވާހަކަތަކުގެ ތެރެއިން 26 ވަނަ ވާހަކައިން 39 ވަނަ ވާހަކައާ ހަމައަށެވެ.
—26—
ހިތެއް ނެތް ހަށިގަނޑަކުން އިސްލާމްކަމެއް އުދައެއް ނުވާނެއެވެ. އެތެރޭގައި އޮށްޓަރުނެތް ވީއަކީ ވިޔަފާރީގައި ބޭނުންކުރެވޭނޭ ގޮވާމެއް ނޫނެވެ.
ޒުވާބުކުރުމުގައި ހަލި ކޮންމެ މީހަކީ، ވިޔަފާރީގައި ރަނގަޅު މީހެއް ނޫނެވެ.
ގައިމަތީގައި ފޮތިގަނޑެއް އެޅި ނިވާވެފައިވާ ކޮންމެ މީހެއްގެ އިސްކޮޅު، ފޮތިގަނޑު ނެގުމުން ޙަޤީޤަތުގައި މަންމަގެ މަންމަ ހާ ދިގު ކަމުގައި ހާމަވެގެން ދެއެވެ.
—28 —
ޚުލްޤުވަނީ ހަށިގަނޑުގެ އެތެރޭގައެވެ. ހަން މައްޗަކު ނޫނެވެ.
[ބަނިޔާދަން ވުމަކީ އުޅުން ފުރިހަމަ ވެ ޚުލްޤު މޫރިތި ވެގެން ވުމެވެ.]
މީހެއްގެ ނުބައިކަމުގެ ރޫޙް އެތައް އަހަރެއް ވަންދެން ފާހަގައެއް ނުކުރެވެއެވެ.
އިންޒާރު 2
މަތިވެރި މީހުންނާ އަރައިރުންވާ މީހާ، އޭނާގެ އަމިއްލަ ލޭ ބާލައެވެ.
ދާދި އަވަހަށް ފެންނާނީ ނިތްކުރި ފަޅައިގެން ގޮސްފައި ވާތީއެވެ.
—29 —
ގޮށްމުށުން ސިންގާއެއްގައި ޖެހުމާއި އަތުން ކަނޑިއެއްގެ މިޔައިގައި ހިފުމަކީ ބުއްދިވެރީން ކުރާ ކަންކަމެއް ނޫނެވެ.
އޭނާގެ ނިޔަފަތިން ރައްކާތެރިކުރުމަށް ތިބާގެ އަތް ކިހިލިފަތަށްލާ ފޮރުވާށެވެ.
އިންޒާރު 3
އޭނާގެ އަމިއްލަ ނިމުން ގާތްކުރުމަށް އެހީވުމަށް މެނުވީ، ގަދަފަދަ މީހެއްގެ ކައިރީގައި ބަލިކަށިމީހެއް ގަދަކަމެއް ނުދައްކާނެއެވެ.
އެކަތަ ވަކިތަކެއް ހުރި މީހެއްގެ ގައިގައި ޖަހަން ގޮށްމުން ނުމަޅާނެއެވެ.
—30—
ނަސޭހަތަށް ސަމާލުކަން ނުދޭމީހުންނަށް މަލާމާތް ލިބިގަތުމުގެ ފުރުސަތު މަތިވާނެއެވެ.
އަހުރެން ތިބާގެ ކުށްދައްކާއިރު ހަމަހިމޭނުން ހުންނާށެވެ.
މޫރިތި ބަސް
ބާޒާރުގައި އުޅޭ ކުއްތާތައް، ޝިކާރަކުރާ ކުއްތާއެއް ފެނުމުން ވައްވައް ޖެހިކަމަކު އެއަށް ހަމަލާދޭން ނުކުރޭފަދައިން، ކާމިޔާބާއި ހުނަރުނެތް މީހުން، އެފަދަ ކަންކަން ހުރި މީހުން ފެނުމުން ވައްވައް ނުޖަހާ ނުހުރެވެއެވެ. މި ބުނި ބަހުގެ މާނައަކީ، ގޮތެއްފޮތެއް ނެތް މީހުންނަށް ކާމިޔާބު މީހުންނާ ވާދަނުކުރެވޭތީ، އެމީހުންގެ ޠަބީޢަތާ އެއްގޮތަށް ކާމިޔާބު މީހާއަށް ހުތުރުބަސް ބުނެހަދައެވެ.
އެކަމަކު މޫނާމޫނާ ކުރިމަތިވުމުން، އޭނާގެ ދޫ ގޮށްޖަހައެވެ.
—31 —
ހައިކަމުގެ އެދުންވެރިކަން ބަނޑުގައި ނުވާނަމަ، ދޫނިހިފާމީހެއްގެ މަޅިފަތީގައި ދޫންޏެއް ނުޖެހޭނެއެވެ. އަދި، ކީއްހެއްޔެވެ؟ ދޫނިހިފާމީހާ މަޅިފަތި ނުވެސް ޖަހާނެއެވެ.
—32 —
ބުއްދިވެރިން ކަނީ ލަސްލަހުންނެވެ. އަޅުވެރިން ކަނީ އެމީހުންގެ ބަނޑު އެދޭވަރުގެ ދެބައިކުޅަ އެއްބަޔަށެވެ. އެކަހެރިވެގެން އުޅާ އަބްދަލުން ކަނީ ފުރާނަ ހިފެހެއްޓޭ ވަރަށެވެ. ޒުވާނުން ކަނީ ތަށިތައް ގެންދަންދެނެވެ. މުސްކުޅިން ކަނީ ދާހިތްލާވަރު ވަންދެންނެވެ. ނޭވާލާނޭ ޖާގަ ނެތްވަރަށް އަދި މޭޒުމަތިން ހުސްވަންދެން ގަލަންދަރުން ކައެވެ
އެއްރޭ ބަނޑު ފުފެންދެން ކެވުމުގެ ސަބަބުންނެވެ. އަނެއް ރޭ ވޭނުގައެވެ.
—33—
އަންހެނުންނާ މަޝްވަރާކުރުމުން ހަލާކު އައުދެއެވެ. އަދި އަނިޔާވެރިންނަށް އޯގާވެރިވުމުން ކުށްގިނަވެއެވެ.
ކަންބަޅިއަށް އަނިޔާވެރި ވުމެވެ.
نصیحت 18
ދުޝްމަނެއްގެ މައްޗަށް ބާރު ލިބުމުން އޭނާ މަރާނުލާ މީހާއަކީ އަމިއްލަ ނަފުސުގެ ދުޝްމަނެކެވެ.
ަލެއް އަތުގައި އޮވެ، ގަލެއްގެ މަތީގައި ހަރުފައެއް އޮތްތަން ފެނުމުން
ފިކުރު ގިނަކޮށް ލަސްކުރުމަކީ މޮޔަކަމެކެވެ.
ނަމަވެސް އެހެން މީހުން ތަފާތު ފިކުރެއް ހާމަކުރެއެވެ. އަދި ގައިދީން މަރާލުމާއި ނުލުމުގައި އިޚްތިޔާރު އޮންނާތީ، އެމީހުން ޤަތުލުކުރުން ލަސްކުރުމަށް ބުނެއެވެ. ލަސްކުރުމެއް ނެތި މަރާލުމުން، އުފަކާރައެއް ލިބިދާނެ ޙާލަތެއް ގެއްލެއެވެ. އެފަދަ ފުރުޞަތެއް ދެން ކުރިމަތިނުވާނެ ފަދަ ގޮތަކަށެވެ.
ތީރު ދުންޏާ ދުރަށް ދިޔުމަށް ފަހު އެ އަނބުރައެއް ނާންނާނެއެވެ.
—34 —
ޙިކްމަތްތެރި ޙަކީމަކު، މޮޔައިންގެ ޖަމާޢަތަކުން ޤަދަރު ލިބޭނޭ ކަމަށް ހީކޮށްގެން ނުވާނެއެވެ. އަދި، ބަހުސެއްގައި، ތަންދޮރުނުދަންނަ މީހަކު ޙަކީމަކު ބަލިކޮށްފިނަމަ، އެކަމާ ޙައިރާންވާނޭ ކަމެއްނެތެވެ. ހިލަގަނޑަކުން ޖަހައި ޖަވާހިރެއް ކުދިކުދިކޮށްލެވިދާނެއެވެ.
ހިތްދަތިވެ ރުޅިއަންނާތީ ހައިރާންވާންވީ ކީއްވެހެއްޔެވެ؟
(ގުލްދާނަކީ މައުޖަހަން ފުޅިއެއްގޮތަށް ހަދާފައި ހުންނަ ކަންވާރެކެވެ.)
—35 —
ތަންދޮރު ނޭނގޭ ބައެއްގެ ތެރޭގައި، ބުއްދިވެރިއަކު ވާހަކަ ދެއްކުމުން އެއްކިބާ ވާނަމަ، ހައިރާން ނުވާށެވެ. އެއީ ބެރުގެ އަޑު، ބޭލާއެއްގެ މިޔުޒިކަކުން ނުކެނޑޭނެއެވެ. މާވަހަރުގެ ހުވަނދު، ކުނިވެފައިވާ ލޮނުމެދުގެ ވަހުގެ މައްޗަކުން ނުދުވާނެއެވެ.
ޙިޖާޒުގެ މިޔުޒިކުގެ އަޑު ގެނބޭކަން ތިބާ ނުދަންނަން ހެއްޔެވެ؟
—36 —
ކިސަޑުތެރެއަށް ވެއްޓުނަސް، ޖަވާހިރެއްގެ އަގު ސަފުން ކުޑައެއް ނުވެއެވެ. ނަމަވެސް، ހިރަފުސް، ވިލާތަކާ ހަމައަށް އެރިއަސް، އޭގެ އަގެއް މައްޗެއް ނުވެއެވެ. ބުއްދި ނެތި ތަޢުލީމެއް ލިބުމަކީ ހިތާމަހުރިކަމެކެވެ. ހުނަރެއް ނެތި ލިބޭ ތަޢުލީމަކީ އެއްލާލެވޭ އެއްޗެކެވެ. އަޅީގެ އަގު މަތިވަނީ އަލިފާނުގެ ޠަބީޢަތުގެ މަތިވެރިކަމުންނެވެ. އެކަމަކު އަޅީގައި ވެލިފަދައިން އަގެއް ނުވެއެވެ. ހަކުރުގެ އަގު މަތިވަނި އުއްދަނޑީގެ ސަބަބަކުން ނޫނެވެ. ހަކުރުގެ ޠަބީޢަތުގެ ސަބަބުންނެވެ.
ފިނިފެންމަލަކީ ކަށި އޮފިގަނޑެއްގެ ދަރިއެކެވެ. އިބްރާހީމްގެފާނަކީ ޢާޒަރުގެ ދަރިކަލެކެވެ.
—37 —
ގޮމަކަސްތޫރި އެނގެނީ އޭގެ ވަހުންނެވެ. ބޭސްވިއްކާ މީހާ ބުނާ ބަހަކުން ނޫނެވެ. ޢިލްމުވެރިޔާ، އަތަރުވިއްކާ މީހާގެ ފޮށީގަނޑު ފަދައިން ހަމަހިމޭނުން ހުރެ އޭނާގެ މޮޅުކަން ހާމަކުރަތެވެ. ތަންދޮރު ނުދަންނަ މީހުންގެ އަޑު ގަދައެވެ. ނަމަވެސް، ހަނގުރާމައިގެ ބެރު ފަދައިން އެތެރެ ހުހެވެ.
ނުވަތަ ކާފިރުންގެ ތެރޭގައި ހަތިމު ފަދައެވެ.
—38—
މީހަކަށް ޙަޔާތުގައި ގަދަރުދީގެން އުޅޭ ބަޔަކު، ކުއްލިއަކަށް އެމީހަކަށް އިހާނަތްތެރިވާ ބަޔަކަށް ވެގެން ނުވާނެއެވެ.
ހިލައިން ތަޅައި ކުއްލިއަކަށް އެ ފުޑުފުޑުކޮށްލުމާ ދޭތެރޭ ސަމާލުވާށެވެ.
—39—
ޢަގުލް ނުވަތަ ބުއްދި، ޝަހުވަތުގެ ގައިދީއަކަށް ވެއެވެ. އެއީ ހުޝިޔާރު އަންހެނެއްގެ އަތްދަށުގައި ބިކަ ފިރިހެނެއް ގައިދުވާ ފަދައިންނެވެ.
އެގެއެއްގައި އަންހެނެއްގެ ހަޅޭކުގެ އަޑު ގަދަ ނަމަ ގޭގެ އުފާވެރިކަމަށް އަލްވަދާޢު ކިޔާށެވެ.
Leave A Comment