މި ގެނެސްދެނީ ދިވެހިރާއްޖޭގައި ދިވެހިބަސް ލިޔެއުޅުމުގެ ތާރީޚާއި، ލިޔަން ބޭނުންކުރި އަކުރުތަކާއި، މި އަކުރުތައް އެކި ދައުރުގައި ބަދަލުވި ގޮތާއި އެކަމަށް މެދުވެރި ސަބަބާއި، ޚާއްޞަކޮށް ތާނަ އުފައްދަން ޖެހުނު ގޮތާއި ޒަމާނާއެކު ތާނަ ބަދަލުވަމުން އައި ގޮތާއި ތާނަ މިހާރަށް ވުރެ މޮޅަށް ލިޔުމަށް ތާނަ ލިޔަންވީ ގޮތަށް ގެންނަން ޖެހޭ އިޞްލާޙްތަކާ މެދު ލިޔެފައިވާ ދިރާސީ ރިޕޯޓެކެވެ.

މި ލިޔުނު މަޤްޞަދު ޙާޞިލްވާން އޮތީ، އިނގިރޭސި ބަހުން ލިޔެގެން ކަމަށް ވާތީ، މި ލިޔުމުން މަންފާ ބޮޑަށް ކުރާނީ އިނގިރޭސި ބަސް އެނގިވަޑައިގަންނަވާ ބޭފުޅުންނަށެވެ. ނަމަވެސް، މީގައި ހިމަނާފައިވާ ފޮޓޯތަކުން ދައްކާފައިވާ މައިގަނޑު ވާހަކަތައް ގިނަ ބޭފުޅުންނަށް މަޢުރިފާ ކުރެއްވޭނެއެވެ.

ތިރީގައިވާ ފުރަތަމަ ޞަފުޙާއަށް އޮބައިލެއްވުމުން މުޅި ލިޔުން ޑައުންލޯޑް ވާނެއެވެ. މިއީ ޕީ.ޑީ.އެފް. ފަތެކެވެ.