
ފަހަކަށް އައިސް މުޅި ދުނިޔެއަށް އެންމެ ބޮޑަށް ފެތުރެމުންދާ އެއް ބައްޔަކީ އޯޓިޒަމް ކިޔާ ބައްޔެކެވެ. މިއީ ވިހާއިރު ކުދީންނަށް ޖެހިފައި ހުންނަ ނަފްސާނީ ބައްޔެކެވެ. މިބަލީގައި ދިވެހި އެތައް ކުދީންނެއް ފަރުވާ ހޯދަމުން ދެއެވެ. މި ބަލި ޖެހިފައިވާ ކުއްޖަކު މީހަކަށް ލިބިއްޖެ ނަމަ، އެކަމުން އާއިލާގެ އެންމެންނަށް ވަރަށް ވޭންދެނިވި އަސަރުތަކެއް ކުރެއެވެ. ދާދި އިހަކަށް ދުވަހު، އެމެރިކާގެ ޞިއްޙަތާ ބެހޭ ވަޒީރު، މިބަލީގެ އަސްލު ދެނެގަނެ އަންނަ ސެޕްޓެމްބަރު މަހު އެކަން އާއްމުކުރާނެ ވާހަކަ ލިޔެފައިވާ ރިޕޯޓު ތިރީގއިވާ ފޮޓޯއަށް ފިތާލައްވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ. [ދަންނައެވެ. ބޭސްވެރިކަމުގެ ފަންނުގައި ބަލިން (ނުވަތަ ”ޑިޒީޒް“ އިން) މާނަކުރަނީ އެ ޖެހޭ ސަބަބާއި އެއަށް ޚާއްޞަ ޢަލާމާތްތައް ހުންނަ، އަދި ފަރުވާ ހުންނަ ޞިއްޙީ ބަލިމަޑުކަމަށެވެ. މީހެއްގެ ދޮޅަހިކަން ގެއްލޭ އެހެން ޙާލަތްތަކަށް ކިޔަނީ ”މެޑިކަލް ކޮންޑިޝަން“ ނުވަތަ حالة طبية އެވެ. އޯޓިޒަމް އަކީ މި ނަޒަރުން ޑިޒީޒް އެއް ނޫނެވެ. ބޭދޮޅަހި ޙާލަތެކެވެ. މި މަޒުމޫނުގައި އޯޓިޒަމް އަކީ ބައްޔެއް ކަމަށް ބުނެފައިވަނީ މަޖާޒީ މާނައެއްގައެވެ.]
އޯޓިޒަމް، އެމެރިކާގެ ޞިއްޙަތާ ބެހޭ ވަޒީރު، ސިފަކުރަނީ ފެތުރެމުންދާ ރޯގާއެއްގެ ގޮތުގައެވެ. މިހާރު އެމެރިކާގައިވިހާ ކޮންމެ 31 ކުއްޖެއްގެ ތެރެއިން 1 ކުއްޖަކީ މި ބަލީގެ އަލާމަތްތައް ހުންނަ ކުއްޖެކެވެ. 1970 ގެ އަހަރުތަކުގައި މި ބަލި ހުންނަނީ ކޮންމެ 10000 ކުދީންގެ ތެރެއިން 1 ކުއްޖެއްގެ ކިބައިގައި ކަމަށް އޭނާ ބުނެއެވެ. އާދެ! މިހާރު މިބަލި ޖެހޭ މިންވަރު، 300 ގުނަ ބޮޑުވެފައި ވެއެވެ. މިއީ ކޮވިޑް-19 އަށް ވުރެ އެތައް ގޮތަކުން ނުރައްކާތެރި ބައްޔެކެވެ. ޖެހެނީ ކުޑަކުދީންނަށް ކަމަށް ވާތީ އާއި ބަލި ރަނގަޅުވުމުގެ ފުރުޞަތު ކުޑަކަމުންނާއި ޖެހޭ ކުދީންގެ ޢަދަދު ގިނަކަމުންނެވެ.
ރާއްޖޭގައި ކޮންމެ އަހަރަކު ގާތްގަޑަކަށް 5000 ކުދިން އުފަންވެއެވެ. ޔޫ.އެސް. ގައި އޯޓިޒަމް ޖެހިފައިވާ ކުދީންގެ ނިސްބަތް ރާއްޖެއަށް ނަގުލުކުރާނަމަ، ރާއްޖޭގައި އޯޓިޒަމްގެ އަލާމާތްތައް ހުންނަ 161 ކުދީން ކޮންމެ އަހަރަކު ވިހާނެއެވެ. މިއީ ނިސްބަތުން ވަރަށް ބޮޑު ޢަދަދެކެވެ.
އޯޓިޒަމް އަކީ ކޮބާ؟
އޯޓިޒަމް މި ލަފުޒު އުފައްދާފައިވަނީ auto މި ލަފުޒުންނާއި ism މިލަފުޒު އެއްކޮށްގެންނެވެ. އޮޓޯ ގެ މާނައަކީ އަމިއްލަ އެވެ. ism ކިޔަނީ ހާލަތަށެވެ. 1912 ވަނަ އަހަރު، މި ބައްޔަށް އޯޓިޒަމް ކިޔާފައިވާ ސަބަބަކީ، މި ބަލި ޖެހިފައިވާ ކުދީންގެ އެއް ސިފައަކީ، އެހެން މީހުންނާ މުޢާމަލާތް ކުރުން މަދުވެފައި، ތިމާގެ އަމިއްލަ ނަފުސަށް ވަރަށް ބޮޑަށް ކުއްޖާ ގެއްލިފައި ހުންނަކަމެވެ. މި ބަލީގެ މައިގަނޑު އަލާމަތަކީ، ބަލިނުޖެހޭ މީހުންނާ އަޅާބަލާއިރު އެހެން މީހުންނާ މި ބަލިޖެހިފައިވާ ކުދީން ވާހަކަ ދެއްކުން މަދުވެފައި، އެކަނި މާ އެކަނި އުޅޭހިތްވާކަމެވެ. ބަލި ބޮޑު ނަމަ، ކުއްޖާ އަމިއްލައަށް ފުރާނައަށް ގެއްލުން ލިބޭ ކަންކަންވެސް ކުރެއެވެ. މި ބަލީގެ އެންމެ ސީރިއަސް އެންމެ ޚުޠޫރަތްތެރި ފިޔަވަހިތަކުގައި 24 ގަޑިއިރު ގާތުގައި މީހަކު ނެތްނަމަ، ކުއްޖާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ.
ތިރީގައި އެވަނީ އެ ބަލީގެ ޢަލާމަތްތައް ކަމަށް ބުނާ ކަންކަމެވެ.
މަތީގައިވާ އަލާމާތްތަކަށް ވިސްނައިލުމުން، މި ބަލި ނުޖެހޭ ކުޑަކުއްޖަކު ހުރެދާނެއޭ ހިތްޕުޅަށް އަރާވަޑައިގަންނަ ވާނެއެވެ. އެހެނީ އެ ސިފަތަކަކީ ހުރިހާ ކުދީންގެ ކިބައިގައިވެސް އެކި މިންވަރަށް ހުންނަ ސިފައެވެ. ބައްޔެއް ކަމަށް ބަލަނީ އެސިފަތައް އާދަޔާ ޚިލާފަށް ބޮޑުވުމުންނެވެ.
މިހާރަކަށް އައިސް، ގުޅުން ހުރި އެތައް ބައްޔެއް އޯޓިޒަމްގެ ގޮތުގައި ސިފަކުރެއެވެ. އެހެންވެ ބަލީގެ ނަމަކަށް މިޒަމާނުގައި ކިޔަނީ Autism Spectrum Disorder އެވެ. ސްޕެކްޓްރަމް ކިޔަނީ ވިއްސާރަދުނީގެ ކުލަތަކަށެވެ. އެއިން މާނަކުރަނީ އެތައް ކުލައެއްގެ (ވަންނިގެ) ޢަލާމާތްތައް މި ބަލީގައި ހުންނަ ކަމަށެވެ. އެކި ކުދީންގެ ކިބައިން ބަލީގެ ޢަލާމަތްތައް ފެންނަ ވަރު ތަފާތު ވާނެއެވެ.
ބަލީގެ މިހާރުގެ ހާލަތު
މަޒުމޫނުގައި ހިމެނޭ ބައެއް މައުލޫމާތު އަޅުގަނޑު ނަގާފައިވަނީ ޑރ ޖޯން ކޭމްޕްބެލްގެ ވީޑިއޯ އަކުންނެވެ. އޭނާއަކީ ޔޫޓިއުބްގައި އެންމެ މަޝްހޫރު އެއް ޑޮކްޓަރެވެ. 3.21 މިލިއަން މީހުން އޭނާގެ ވީޑިއޯތައް ޢާއްމުކޮށް ބަލައެވެ. މިއީ ޑޮކްޓަރަކަށް ވަރަށް ގިނަ ޢަދަދެކެވެ.
ދެން މިދަންނަވާލަނީ އެމެރިކާގައި މިބަލި ގިނަވަމުން އައިސްފައިވާ މިންވަރެވެ.
2000 ވަނަ އަހަރު 150 ކުދީންގެ ތެރެއިން 1
2002 ވަނަ އަހަރު 150 ކުދީންގެ ތެރެއިން 1
2004 ވަނަ އހަރު 125 ކުދީންގެ ތެރެއިން 1
2006 ވަނަ އަހަރު 110 ކުދީންގެ ތެރެއިން 1
2008 ވަނަ އަހަރު 88 ކުދީންގެ ތެރެއިން 1
2010 ވަނަ އަހަރު 68 ކުދީންގެ ތެރެއިން 1
2012 ވަނަ އަހަރު 69 ކުދީންގެ ތެރެއިން 1
2014 ވަނަ އަހަރު 59 ކުދީންގެ ތެރެއިން 1
2016 ވަނަ އަހަރު 54 ކުދީންގެ ތެރެއިން 1
2018 ވަނަ އަހަރު 44 ކުދީންގެ ތެރެއިން 1
2020 ވަނަ އަހަރު 36 ކުދީންގެ ތެރެއިން 1
މި މަޒުމޫނުގައި އެންމެ ފުރަތަމަ ހަވާލާދިން ރިޕޯޓުގައި އެމެރިކާގެ ޞިއްޙީ ވަޒީރު ވިދާޅުވަނީ 2025 ވަނަ އަހަރު ކޮންމެ 31 ކުއްޖެއްގެ ތެރެއިން 1 ކުއްޖަކަށް އޯޓިޒަމް ޖެހިފައިވާ ކަމަށެވެ.
ކިޔުންތެރީންނަށް މަތީގައިވާ ޢަދަދުތަކުން ފާހަގަކުރެއްވޭނީ، އެންމެ ވިހި އަހަރުތަކުގެ ތެރޭގައި މި ބަލި ޖެހޭ ކުދީން ފަސް ގުނައަށް އިތުރުވެފައިވާ ކަމެވެ. މި ގޮތަށް ގިނަ ވަމުންދާނަމަ، ކުރިއަށް އޮތް ވިހި އަހަރު ދުވަހުގެ ތެރޭގައި ކޮންމެ 6 ކުދީންގެ ތެރެއިން 1 ކުއްޖަކު އޯޓިޒަމް އަށް ފައްސިވާނެއެވެ.

އޯޓިޒަމް އަކީ ވާރުތަވާ ބައްޔެއްތަ؟
ޑޮކްޓަރު ދެން ފާހަގަކުރާ ކަމަކީ، މި ބައްޔަކީ ވާރުތަވާ ބައްޔެއް ނޫންކަމެވެ. މިފަދަ ބައްޔެއް ވާރުތަވާނަމަ، ހައެއްކަ ޖީލުން، އެ ބަލިޖެހިފައިވާ ގިނަ މީހުން މަރުވެ، ބަލި ވަރަށް މަދުވާނެއެވެ. ބަލި ގިނަވަމުން ގޮސްފައި ވަނީ ވިއްސަކަށް އަހަރުގެ ތެރޭގައިކަމުން މިހާ އަވަހަށް ވާރުތަވާ ބައްޔެއް ގިނަވުމުގެ ފުރުޞަތު ވަރަށް ކުޑަވާނެއެވެ. އެހެންކަމުން، މިބަލި ޖެހެނީ ވެށީގެ ސަބަބުން ކަން ކަށަވަރެވެ. ވެށިން މާނަކުރަނީ ކާބޯތަކެއްޗާއި ނޭވާލާ ވަޔާއި ބޯ ފެނާއި ކުޑަކުދީންނަށް ދޭ ވެކްސިން ފަދަ ބައްޔެއް ޖައްސައިފާނެ ޥާސިޠާއަށެވެ. [ޥާސިޠާއަކީ މެދުވެރިވާ އެއްޗިއްސަށް ބޭނުންކުރާ ލަފުޒެކެވެ.]
މީހަކު އެންމެ ފުރަތަމަ ވިހޭ ދަރިފުޅަކީ އޯޓިޒަމް ހުރި ކުއްޖެކެވެ. އެހެން ވެއްޖެނަމަ، ދެން އޭނާ ވިހާ ކުއްޖާ އޯޓިޒަމް ހުރި ކުއްޖަކަށް ވެދާނެ ހެއްޔެވެ؟ ސައިންސްވެރީން މިކަން ދިރާސާކޮށްފައި ވެއެވެ. އެމީހުންގެ ދިރާސާއިން ފާހަގަ ކުރެވުނީ، ފުރަތަމަ ކުއްޖާއަކީ އޯޓިޒަމް ހުރި ކުއްޖަކަށް ވާނަމަ، ދެން ވިހާ ކުއްޖާ އޯޓިޒަމް ހުރި ކުއްޖަކަށް ވުމުގެ ފުރުޞަތު ޢާއްމު މީހަކަށް ވުރެ 5 ގުނަ މަތިކަމަށެވެ. އެއީ ގާތްގަޑަކަށް %20 އެވެ. މާނައަކީ އޭނާ ފަސް ކުއްޖަކު އިތުރަށް ވިހައިފިނަމަ، އެތަނުން އެއްކުއްޖަކު އަނެއްކާވެސް އޯޓިޒަމް ކުއްޖަކަށް ވާނެއެވެ. މިވާހަކަ މިއަށް ވުރެ އިތުރަށް މި ލިންކުން ވަދެވޭ ރިޕޯޓުގެ އެންމެ ފަހު ޕެރެގުރާފުގައި ބަޔާންކޮށްފައި ވެއެވެ. މިހެން މިވަނީ ކީއްވެގެންކަން ތިޔަ ބޭފުޅުންނަށް ވިސްނިވަޑައިގަންނަވާނެއެވެ. ހަށިގަނޑުގެ ތެރެއަށް ވަންނަ ޒަހަރުން އެކި މީހުންނަށް އަސަރުކުރަނީ އެކި ވަރަށެވެ. އެއް ފަހަރު ބޮޑަށް އަސަރު ކުރި މީހަކަށް ދެން ފަހަރަކުން ވެސް އެ ޒަހަރުން އަސަރުކުރާނެއެވެ.
އޯޓިޒަމް ހުރި ކުދީންނާއި ބުއްދި
އޯޓިޒަމް އިން އެންމެ ބޮޑު އަސަރެއް ކުރަނީ ސިކުނޑިއަށެވެ. އެހެނީ އޯޓިޒަމްއަކީ ނަފްސާނީ ބައްޔެކެވެ. ޙަޤީޤަތުގައި އޯޓިޒަމްގެ އެހެން ހުރިހާ އަސަރުތަކަކީ ސިކުނޑިއާ (ބުއްދިއާ) ގުޅިފައިވާ އަސަރުތަކެވެ. އެހެންކަމުން، ސައިންސްވެރީން އޯޓިޒަމް ޖެހިފައިވާ ކުދީންގެ ބުއްދި ހުންނަ ވަރު ދިރާސާކޮށްފައި ވެއެވެ. ދަންނައެވެ. އާދައިގެ ހަމަ މީހެއްގެ ވިސްނުމަކީ 100 ދަރަޖަ ކަމަށް ބަލާށެވެ. މިއީ ގިނަ މީހުންގެ ވިސްނުން ހުންނަ ވަރެވެ. އޯޓިޒަމް ކުދީންގެ ތެރެއިން 1/3 (ތިންބައިކުޅަ އެއްބައި) ކުދީންގެ ވިސްނުން ހުންނަނީ 70 ގައެވެ. މި މިންވަރަކީ އަތުންފައިން މަސައްކަތްކޮށް އުޅެވޭ ވަރަށް ވުރެ ބުއްދި ދަށް މިންވަރެކެވެ. ވަރަށް މަދު އޯޓިޒަމް ހުރި ކުއްޖެއްގެ ބުއްދި ހަމަ މީހަކަށް ވުރެ މަތިވެދާނެއެވެ. ނަމަވެސް، މިއީ ނިސްބަތުން ވަރަށް މަދު ކުދީންނެވެ. މިއޮތީ މި ދިރާސާގެ ރިޕޯޓެކެވެ.

އޯޓިޒަމް ގިނައިން ޖެހެނީ ކޮން ޖިންސަކަށް؟
އެކި ދިރާސާތަކުން ދައްކަނީ އޯޓިޒަމް ގިނައިން ޖެހެނީ ފިރިހެން ކުދީންނަށް ކަމެވެ. އޯޓިޒަމް ޖެހިފައިވާ ކޮންމެ އެއް އަންހެން ކުއްޖަކަށް ތިން ފިރިހެން ކުދީން ތިބެއެވެ. އެއީ ނިސްބަތުން ފިރިހެން %75 އަދި އަންހެން %25 އެވެ. މިއީ ވަރަށް ބޮޑު ނަސީބެކެވެ.

އޯޓިޒަމް އާއި ދިވެހިރާއްޖެ
ދުނިޔޭގެ އެކި ޤައުމުތަކުގައި އޯޓިޒަމް ޖެހިފައި ތިބޭ ކުދީންގެ ޢަދަދު އާބާދީގެ ނިސްބަތުން ތަފާތެވެ. ތިރީގައި އެވަނީ ހުޅަނގުގެ ބައެއް ޤައުމުތަކުން މި ބަލި ފެންނަ ނިސްބަތެވެ.

މި ލިސްޓުން ފާހަގަކުރެވޭ ގޮތުގައި، އޯޓިޒަމް އެންމެ ގިނައީ އެމެރިކާގައެވެ. އެއީ ކޮންމެ 31 ކުދިންގެ ތެރެއިން އެއް ކުއްޖެކެވެ. އާދެ! %3.2 އެވެ. އެމެރިކާގެ އެކި ސްޓޭޓްތަކުގެ ތެރެއިން ކެލިފޯނިއާގައި އޯޓިޒަމް ހުންނަ ކުދީން އެހެން ސްޓޭޓްތަކަށް ވުރެ ދެގުނަ އިތުރެވެ. ދެން އެންމެ ގިނައީ އޮސްޓްރޭލިއާގައެވެ. އެއަށް ފަހު ކެނެޑާގައެވެ. މިތިން ޤައުމަކީ ވެސް ދަނޑުވެރިކަން ވަރަށް ފުޅާ ދާއިރާއެއްގައި ކުރާ ޤައުމުތަކެވެ. ޚާއްޞަކޮށް ކެލިފޯނިއާ އަކީ ދަނޑުވެރިވެރި ސްޓޭޓް އެކެވެ. ހުޅަނގުގެ ޤައުމުތަކުގެ ތެރެއިން އޯޓިޒަމް ކުދީން ވިހާލެއް އެންމެ މަދީ އިޓަލީގައެވެ.
ރާއްޖެއަށް ވަރަށް ކައިރީގައި ސްރީ ލަންކާގެ ހިސާބުތަކުން ދައްކާ ގޮތުގައި އެ ޤައުމުގައި ވިހާ ކޮންމެ 93 ކުދީންގެ ތެރެއިން އެއްކުއްޖަކީ އޯޓިޒަމް ހުރި ކުއްޖެކެވެ. އެއީ %1 އެވެ. ސްރީ ލަންކާގައިވެސް އޯޓިޒަމް ޖެހިފައިވާ ކޮންމެ ހަތަރު ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކީ ފިރިހެން ކުދީންނެވެ. އިތުރު މަޢުލޫމާތު އެ ދިރާސާގެ މި ލިންކުގައިވާ ރިޕޯޓުގައި ވެއެވެ.
މި ޖުމުލައަށް ފިތާލުމުން ވަދެވޭ ދިވެހިރާއްޖޭގެ ތަފާސް ހިސާބު ރިޕޯޓު ބުނާގޮތުގައި، ރާއްޖޭގައި 2023 ވަނަ އަހަރު ތިބި ނުކުޅެދުންތެރިކަން ހުރި 3640 ކުދީންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ އޯޓިޒަމް ޖެހިފައިވާ ކުދީންނެވެ. މިއީ މުޅި ޖުމުލަ މަދަރުސާގެ އާބާދީގެ %1.3 އެވެ. މީގެ ތެރެއިން ހަތަރުބައިކުޅަ ތިން ބަޔަކީ ފިރިހެން ކުދީންނެވެ. މި ތަފާސް ހިސާބުތައް ރަނގަޅު ނަމަ، މިއީ ނިސްބަތުން ބޮޑު ޢަދަދެއް ކަމަށް އަޅުގަނޑަށް ހީވެއެވެ.

އޯޓިޒަމް ޖެހެނީ ކީއްވެ؟
އާދެ! ދެން އޮތީ އެންމެ މުހިއްމު ސުވާލެވެ. އެއީ އޯޓިޒަމް ޖެހެނީ ކީއްވެ ހެއްޔެވެ؟
މިކަން ޔަޤީންކަމާ އެކު އެއްވެސް މީހަކަށް ނޭނގެއެވެ. އެނގޭ ކަމަކީ ވޭތިވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި މި ބަލި ފެންނަލެއް، އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންދާކަމެވެ. މި ބައްޔަކީ ވާރުތާ ބައްޔެއް ނޫނެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް އާއި އެތަނުގެ ޞިއްޙަތާ ބެހޭ ވަޒީރު، އިޝާރާތް ކުރެއްވި ގޮތުގައި މިބަލި ޖެހޭ ސަބަބު ބަޔާންކުރާ ރިޕޯޓު ނުކުންނާނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރުގައެވެ. އެދެބޭފުޅުންގެ ވާހަކައިން، މި ބައްޔަކީ ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރާ ޕެސްޓިސައިޑުން (ގަހަށް ޖެހޭ ބަލިތަކަށް ޖަހާ ބޭހުން) ޖެހޭ ބައްޔެއްކަމަށް އިޝާރާތްކުރާ ވާހަކަފުޅެއް ވިދާޅުވިއެވެ. އަދި، ބައެއް މީހުން ދެކޭގޮތުގައި، މިއީ ކުޑަކުދީންނަށް ޖަހާ ވެކްސިންގެ ސަބަބުން ޖެހޭ ބައްޔެއްކަމަށް ވެސް ވެއެވެ. އެއީ އެމެރިކާގެ ކުއްޖަކު މަދަރުސާ ނިމުމުގެ ކުރިން 17 ވެކްސިނެއްގެ 72 ޑޯޒް ޖަހަންޖެހޭތީއެވެ. ޤަބޫލުފުޅު ކުރައްވަން ދަތިފުޅު ނަމަ، ރިޕޯޓުގެ ލިންކު މިއޮތީއެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި މި ބަލިޖެހެނީ ކާނާއަށް އަޅާ ތަފާތު ކެމިކަލްގެ ސަބަބުންނެވެ. މިސާލަކަށް ޓޮމާޓޯ ސޯސް ފަދަ ޢާއްމު އެތައް އެއްޗެއްގައި ތަފާތު ގިނަ ބާވަތްތަކުގެ ކެމިކަލް އަޅާފައި ހުރެއެވެ. ކުލަޖައްސަންށާއި ގިނަ ދުވަހު ބެހެއްޓުމަށާއި މިފަދަ އެހެން ކަންކަމަށެވެ. ކެމިކަލުން ޙިމާޔާތް ކުރެވިފައިވާ ކާނާއެއް ރާއްޖެއިން ބޭރުން ގެންނާނީ ތޮށިނޮޅައިގެން ކާ ކަހަލަ ދޮންކެޔޮ ފަދަ އެއްޗިއްސެވެ. ގާތްގަޑަކަށް އެހެން ހުރިހާ އެއްޗިއްސެއްގައި ކެމިކަލް ހިމެނޭނެއެވެ. މިސާލަކަށް ކުކުޅު ބޮޑުކުރުމަށް އެތައް ވެކްސިނަކާއި ކެމިކަލެއް ބޭނުންކުރެއެވެ.
އޯޓިޒަމް ހުރި ކުއްޖަކު ވިހެއުމުގެ ފުރުޞަތު ބޮޑުވާ ކަންކަން
އޯޓިޒަމް ހުރި ކުއްޖަކު ވިހެއުމުގެ ފުރުޞަތު ބޮޑުވާކަންކަން އެތައް ބަޔަކު ދިރާސާކޮށްފައި ވެއެވެ. ގިނަ މީހުން ދެކެނީ މިއީ ވެށީގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށެވެ. ވެށިން މާނަކުރަނީ ވާރުތަނުވާ ހުރިހާ ކަމަކަށެވެ.
އެމެރިކާގެ ކެލިފޯނިއާ ސްޓޭޓް އަކީ އޯޓިޒަމް ޖެހިފައިވާ ކުދީން ނިސްބަތުން އެންމެ ގިނައިން ތިބޭ ސްޓޭޓްއެވެ. އެއީ ކުޑަކުދީންގެ އާބާދިގެ %4 އެވެ. މި ސްޓޭޓްގައި އޯޓިޒަމް ހުރި ކުދީން ލިބުނު މަންމަމެންގެ ސިފަތައް ދިރާސާކޮށްފައި ވެއެވެ. ފާހަގަ ކުރެވުނު ކަންކަން ތިރީގައި އެވަނީއެވެ.
މަންމަ ފަލަވުން.
ފަލަ މީހުންނަށް އޯޓިޒަމް ލިބޭ ކުދީން ނިސްބަތުން ގިނައެވެ. މިސާލެއްގެ ގޮތުން މި ދިރާސާއިން ދައްކަނީ ކެލިފޯނިއާގައި، ފަލަ އަންހެނުންނަށް އޯޓިޒަމް ހުރި ދަރިން ލިބޭ ނިސްބަތް %67 މަތި ކަމަށެވެ. ފަލަވުމަކީ އުނަގަނޑުގެ ވަށަމިނުގެ ދެބަޔަށް ވުރެ އިސްކޮޅު ކުރުވުމެވެ. މި މިންވަރު އިސްކޮޅާއި ބަރުދަނުން ބަލާ ބީ.އެމް.އައި. ކިޔާ ނިސްބަތެއް ވެސް އޮވެއެވެ. ބަނޑަށް 9 މަސް ފުރޭއިރު، ހުންނަން ޖެހޭ ބަރުދަނަށް ވުރެ 9 ކިލޯއަށް ވުރެ ބަރުދަން އިތުރުވެގެން ނުވާނެއެވެ. ރާއްޖޭގައި އުޅޭ އަންހެނުންގެ ހަތަރުބައިކުޅަ ތިންބައި މީހުން ފަލައެވެ. ދިވެހި އަންހެނުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ފަލަވެގެންގޮސް މަލިމަޑު ކަމެއްގައި އުޅޭ ބައެކެވެ.
މަންމަގެ ޢުމުރުމަތިވުން.
ވިހާއިރު މަންމަގެ ޢުމުރު 30 އަހަރަށް ވުރެ މަތިނަމަ، އޯޓިޒަމް ކުއްޖެއް ލިބުމުގެ ފުރުޞަތު ބޮޑުވެއެވެ. ވިހަން އެންމެ ރަނގަޅީ ޢުމުރުން 21 އަހަރާއި 23 އަހަރާ ދެމެދުގައެވެ. މިކަމާ އަންހެނުންގެ ޙައްޤުތައް ހޯދަން އުޅޭ މީހުން އިންކާރު ކުރިއަސް، އެމީހުން ދައްކާ ވާހަކައެއް އޯޓިޒަމް ބައްޔެއް އަޑެއް ނާހައެވެ.
މަންމަގެ ކިބައިގައި ހަކުރުބަލިހުރުން.
ހަކުރުބަލި ހުންނަ މައިންނަށް ލިބޭ ދަރީން ނިސްބަތުން ގިނައިން އޯޓިޒަމް ހުންނަ ކުދީންނަށް ވެއެވެ.
އެކިބާވަތުގެ ވިހަ ކެއުން.
އެކި ބާވަތުގެ ވިހަ މައިންނަށް އަބަދު ކެވިކެވި ހުރެއެވެ. އެއީ ކާތަކެތީގެ ތެރެއިންނާއި ނޭވާ އެތެރައަށް ލާއިރުއެވެ. މާބޮޑު ބަދަލެއް ނުގެނެސް ހުންނަ ކާނާ ކާ މައިންނަށް އޯޓިޒަމް ޖެހިފައިވާ ކުދީން ލިބެނީ މަދުންނެވެ. މިއާ ޚިލާފަށް ތައްޔާރީ ކާނާ ކައި އުޅޭ ކަމުގައި ވަނީނަމަ، އޯޓިޒަމް ޖެހޭ ކުދީން ލިބޭލެއް ގިނައެވެ.
ވައިރަސް ބަލިތައް ޖެހުން.
ބަނޑުބޮޑު އިރު ބައެއް ބާވަތުގެ ބަލިތަކުން ދުރުވެގެން އުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެނީ ބައެއް ބާވަތުގެ ވައިރަސް ބަލިތަކުގެ ސަބަބުން އޯޓިޒަމް ހުންނަ ކުދީން ވިހެއުމުގެ ފުރުޞަތު ބޮޑުވެއެވެ.
ހަށިގަނޑަށް ބޭނުންވާ ބައެއް މުހިއްމު އުންސުރުތައް މަދުވުމާއި ހާސްކަން.
ރަޙިމްގައިވާ ދަރީންގެ ސިކުނޑިއަށް ބޭނުންވާ ހުރިހާ އެއްޗެއް ލިބެނީ މައިންގެ ކާނާއިންނެވެ. ބައެއް މުހިއްމު އުންސުރުތައް، މިސާލަކަށް، ވިޓަމިން ޑީ، އާއި ފޯލިކް އެސިޑާއި މެލަޓޯނިން މަދުވެއްޖެ ނަމަ، އޯޓިޒަމް ހުރި ކުއްޖަކު ވިހެއުމުގެ ފުރުޞަތު ބޮޑުވެއެވެ. މިއިން ބައެއް ތަކެތި ރަނގަޅު ކާނާއިން ލިބޭނެއެވެ. ފޯލިކް އެސިޑް ގިނައިން ހުންނަނީ ގަދަ ފެހިކުލައިގެ ފަތުގައާއި މާބަދަން (އާމަންޑް) ފަދަ ތަކެތީގައެވެ.
މެލަޓޯނިން އަކީ ނިދުމަށް މުހިއްމު ހޯމޯން އެކެވެ. އެ ހަށިގަނޑަށް ލިބޭނީ ހެނދުނާ ދިމާކޮށް އަވީގައި ޖެހިގެންނެވެ. އިރު އޮއްސުމަށް ފަހު، ހުދުނޫ އަލި ފެނިއްޖެނަމަ މެލަޓޯނިން މަދުވެއެވެ. ހުދުނޫ އައްޔަކީ އިސްކިރީންތަކުން ފެންނަ އައްޔެވެ. ރަނގަޅު ގޮތަކީ އިރު އޮއްސުމަށް ފަހު އިސްކްރީންތައް ނުބަލައި، ތަންތަނުގެ އަލި މަޑުކޮށް އަނދިރިކޮށްގެން އުޅުމެވެ.
މެލަޓޯނިން މަދުވެއްޖެނަމަ، ނިދަން އުނދަގޫވެއެވެ. މިކަމާ ގުޅިގެން ހާސްވެ ނުތަނަވަސްވާ ގޮތް ވެއެވެ. އެހެންކަމުން، މައިންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ނުތަނަވަސްކަން ބޮޑު ނަމަ، އޯޓިޒަމް ކުއްޖަކު ލިބުމުގެ ފުރުޞަތު ބޮޑުވާނެއެވެ.
ވިހެއުމުގެ ތެރޭގައި ކުޑަކުއްޖަކަށް އެކަށީގެންވާ މިންވަރަށް އޮކްސިޖަން ނުލިބިއްޖެނަމަ، އެކުއްޖާއަށް އޯޓިޒަމް ޖެހުމުގެ ފުރުޞަތު ބޮޑުވެއެވެ. އެހެންވެ، ވިހެއުން ރަނގަޅުވާނީ އޮކްސިޖަން ކަށަވަރު ކުރެވޭ ފަދަ ވެއްޓެއްގަައެވެ. ވިހި މިލިއަން ވިހެއުމަށް ހަވާލާދޭ މި ރިޕޯޓުގައި ބުނަނީ، ސިޒޭރިއަން ހަދައިގެން ވިހާ ކުދީންގެ ކިބައިން އޯޓިޒަމްގެ އަސަރު ފެންނަ މިންވަރު ގިނަކަމަށެވެ.
މި މަޢުލޫމާތު ނެތި ރިޕޯޓުތައް:
https://www.sciencedirect.com/science/article/abs/pii/S0890623815000751
https://link.springer.com/chapter/10.1007/978-3-030-30402-7_4
އޯޓިޒަމް އާއި އޭޑީއެޗްޑީ
އޯޓިޒަމް އާއި އެކު ފެންނަ އެހެން ނަފްސާނީ ބަލިތައް ހުރެއެވެ. މީގެ ތެރެއިން ގިނައިން ފެންނަ އެއް ބައްޔަކީ އޭޑީއެޗްޑީ އެވެ. މިބަލީގެ ޢަލާމަތަކީ ކަމެއްގައި މަޝްޣޫލުވެ ގިނައިރު އިންނަން ދަތިވުމާއި މާބޮޑަށް ހަލަނި ވުމެވެ. މިފަދަ ކުދީން އެއްކަމެއްގައި ޤަރާރުވެ ގިނައިރު އިންނަން ދަތިވެއެވެ. މިއާއެކު މަޑުން އިނުމަކީ ވަރަށް ދަތިކަމަކަށް ވެއެވެ. ބޭނުންވާނީ ބޮޑަށް ޙަރަކާތްތެރިވެ ފުމެ އުޅޭށެވެ. އޭޑީއެޗްޑީއިން ރަމްޒުކުރަނީ އެޓެންޝަން ޑެފިސިޓި ހައިޕަރއެކްޓިވް ޑިސްއޯޑަރ އެވެ. އާދެ! ސަމާލުކަން ދިނުން އުނި، ނިހާޔަތަށް ހަރަކާތްތެރި ބައްޔެވެ.
އޯޓިޒަމް އާއެކު އޭޑީއެޗްޑީ ބޮޑަށް ހުންނަ ކުއްޖަކު ލިބުމަކީ މައިންބަފައިންނަށް ކުރިމަތިވާ ވަރަށް ބޮޑު އިމްތިޙާނެކެވެ. މީގެ ކުދީން އަމިއްލައަށް ތަޅުންގަނޑުގައި އަދި ފާރުގައި ބޮލުން ތަޅާތީ، އެކުދީން ގެންގުޅޭ ކޮޓަރީގެ ވަށައިގެން އިސްޕަންޖު ޖަހާފައި ހުންނަން ޖެހެއެވެ. ތަށިތައް ތަޅާތީ އަބަދުހެން މީހަކު ބަލަން ހުންނަން ޖެހެއެވެ. މި ކުދީންގެ ހަލަނިކަމުން، މައިން ބަފައިން މި ކުދީން ބެލުމަށް ތިބެން ޖެހެނީ ފޯރިއަށެވެ.
އޯޓިޒަމް އާއި އޭޑީއެޗްޑީ ހުންނަ ކުދީންނަށް ބޭސްކުރުން.
އޯޓިޒަމް އާއި އޭޑީއެޗްޑީ ހުންނަ ކުދީންނަށް ވިޓަމިން އޭ ކެއުމުން ކޮންމެވެސް ވަރަކަށް ރަނގަޅުވާކަމަށް ބުނެއެވެ. އަދި ކިއެއްތަ؟ މިކަމާ ބެހޭ ގޮތުން ފޮތް ލިޔެފައި ހުރެއެވެ.

އޯޓިޒަމް ޖެހޭ ސަބަބު ނޭނގޭތީ ޑޮކްޓަރުންނަށް އެ ބަލި ރަނގަޅު ކުރާނޭ ގޮތެއް ނޭނގެއެވެ. އެމީހުން ކުރާކަމަކީ، ބަލީގެ އަސަރުތައް ކުޑަކުރުމަށް އެކި ބާވަތުގެ ބޭސް ދިނުމެވެ. އެއީ، މިސާލަކަށް ނިދި ނާންނަނަމަ ނިދާ ބޭސް ދިނުމެވެ. ކުއްލިއަކަށް ރުޅިއަންނަ ކުދީންނާއި، އެއް ހަރަކާތެއް ތަކުރާރުކުރާ ކުދީންނާއި އަމިއްލަ ހައްޓަށް ގެއްލުންދޭ ކުދީންނަށް ދޭ ބޭހަކީ ރިސްޕެރިޑޮން (risperidone) އާއި އެރިޕިޕްރަޒޯލް (aripiprazole) އެވެ. ރިސްޕެރިޑޯން ދެނީ ދުވާލަކު 1.25–1.75 މިލިގްރާމް އެވެ. އެރިޕްޕްރަޒޯލް ދެނީ ދުވާލަކު 2–15 މިލިގްރާމްއެވެ. މި ބޭސް، އުޅުން ބަދަލުކުރާ ފަރުވާއާއެކު ދިނުމުން ބަލީގެ ޢަލާމާތްތައް ހަތަރުބައިކުޑަ އެއްބަޔާއި ދެބައިކުޅަ އެއްބަޔާ ދެމެދަށް މަދުވާ ކަމަށް ބުނެއެވެ. މިދެބޭހުގައިވެސް ނޭދެވޭ އަސަރުތަކެއް ހުރެއެވެ. އިތުރު މަޢުލޫމާތު މި ލިންކުގައި ވެއެވެ.
މާ ބޮޑަށް ހަލަނިކޮށް އުޅޭ ކުދީންނަށް ދީ އުޅޭ އެއް ބޭހަކީ މީތައިލްފެނިޑޭޓް (methylphenidate) އެވެ. މިބޭސް ވިއްކާނީ އޭގެ ވިޔަފާރީގެ ނަމުގައެވެ. ވިޔާފަރި ނަމަކީ މި މާއްދާ ހޯދި މީހާގެ އަންހެނުން ރީޓާގެ ނަމަށް ނިސްބަތްކޮށް ”ރިޓެލިން“ އެވެ. ކޮންސާޓާ ނަމުގައި ވެސް މި ބޭސް ވިއްކައެވެ.
މި ބޭސް ދޭން ފެށުމުން އެންމެ ހަލަނި ކުދީންވެސް ހަތަރު ހަފުތާގެ ތެރޭގައި އެކަން މަދުވާ ކަމަށް ބުނެއެވެ. މި ބޭސް ދެވޭނީ ޢުމުރުން 6 އަހަރުން ދޮށީގެ ކުދީންނަށެވެ. ވަގުތުން ހަށިގަނޑަށް ފޭދިގެންދާ ގޮތަށާއި ލަސްލަހުން ފޭދިގެން ދާގޮތަށް މި ބޭސް ލިބެން ހުރެއެވެ. ވަގުތުން ބޮޑު ޑޯޒެއް ދީފިނަމަ ކުއްޖާ ބިއްޖެހިފައި، އިނދަޖެހިފައި އިނދެއެވެ. އެހެންވެ، މި ބޭސް ލަސްލަހުން ހަށިގަނޑުގެ ތެރެއަށް ގިރިގެންދާ ގޮތަށް ހަދާފައި ހުރެއެވެ. މިގޮތުން، ދިހަގަޑިއިރުގެ ތެރޭގައި ހަށިގަނޑަށް ދާގޮތަށް ހަމުގައި ތަތްކުރާ މަލަމެއްގައި ބޭސް ލާފައި ހުރެއެވެ. އަދި ދިހަ ގަޑިއިރުން ގިރިގެން މަޑުމަޑުން ވިރޭކަހަލަ ދުއްޔަކަށް ލާފައި ހުންނަ ކެޕްސިއުލްގެ ގޮތުގައި ބޭސް ހަދާފައި ހުރެއެވެ. އެންމެ ތަފާތު ވައްތަަރަކީ ޖޯނޭ ޕީ އެވެ. މިއީ ދެފަށަށް ހުންނަ ދުލި ހިމެނޭ ކެޕްސިއުލެކެވެ. [ދުލި މި ކިޔަނީ ކެޕްސިއުލް ގެ ތޮށިގަނޑު ހަދާފައި ހުންނަ ކަރުދާހަށެވެ.] ރޭގަނޑު ނިދަމުން ބޭސް ކެއުމުން، އޭގެ ފުރަތަމަ ދުލި ވިރެނީ 8 ގަޑިއިރުންކަމަށް ވާތީ، ހެނދުނު ހޭލާއިރު ކުއްޖާ ހުންނާނީ ”ހަމަޖެހިފައެވެ.“ ދެވަނަ ދުލި މުޅިން ވިރެނީ 14 ގަޑިއިރު ފަހުންނެވެ. އެހެންކަމުން ހޭލާހުންނަ ހުރިހާ ވަގުތެއްގައި ބޭހުގެ އަސަރު ކޮންމެވެސް ވަރަކަށް ހުރެއެވެ.
ރިޓެލިން އަކީ، އޭޑީއެޗްޑީގެ ގެ އިތުރަށް ކޮކެއިން ފަދަ ޑްރަގުގެ ބަދަލުގައި، އަދި އަލްޒައިމަރ ބައްޔާއި އިޖްތިމާޢީ ނުތަނަވަސްކަމަށް ވެސް ބޭނުންކުރާ ބޭހެކެވެ. ޑުރަގެއްގެ ގޮތުގައި ޒުވާނުން މި ބޭސް ބޭނުންކުރާތީ، އޭޑީއެޗްޑީއަށް ރިޓެލިން ބޭނުންކުރުމާ މެދު ޚިލާފު އުފެދިފައި ވެއެވެ.
ޢުމުރުން 6 އަހަރާއި 12 އަހަރާ ދެމެދުގެ ކުދީންނަށް ރިޓެލިން ދެނީ 5 މިލިގްރާމް ދުވާލަކު ދެ ފަހަރުއެވެ. އަސަރު ނެތްނަމަ، މިންވަރު ބޮޑުކުރެވިދާނެއެވެ. ނަމަވެސް ދުވާލަކު 60 މިލިގްރާމްއަށް ވުރެ ބޮޑުކޮށްގެން ނުވެއެވެ. ޢުމުރުން 13 އަހަރުން މަތިނަމަ ދޭނީ ritalin LA އެވެ. އެއީ ލޯންގ އެކްޓިވް ރިޓެލިން އެވެ. މީގެ މަންފާއަކީ ކުއްޖާއަށް ހެނދުނު އެކަނި ދެނިކޮށް ނިމުނީއެވެ. އޭގެ އަސަރު ގިނަ އިރު ދެމިހުންނާނެއެވެ. މިންވަރަކީ 20 މިލިގްރާމް އެވެ. 60 މިލިގްރާމްއަށް މަތިކުރެވެއެވެ. އެކި ޤައުމުން އޭޑީއެޗްޑީ ކޮންޓްރޯލްކުރަން ދޭން ކަނޑައަޅާފައިވާ މިންވަރާ ބެހޭ ދިރާސާއެއް މި ލިންކުގައި ވެއެވެ. ގިނަ ފަރާތްތަކުން ބުނަނީ 13 އަހަރު ނުވާނަމަ 5 މިލިގްރާމުން ފަށަންށެވެ. 13 އަހަރު ވިޔަސް ދަށް މިންވަރަކުން ފަށަން ށެވެ.
އޯޓިޒަމްއަށް ބޭސްކުރުމަށް ވުރެ އެތައް ގޮތަކުން މަންފާ ބޮޑީ އެބަލިން ރައްކާތެރިވުމެވެ. ޖެހުމުގެ ފުރުޞަތު ކުޑަކުރުމެވެ. ނަމަވެސް، މިއީ މިފަދަ ކުއްޖަކު ލިބިފައިވާ އާއިލާއަށް ކުރެވޭނޭ ކަމެއް ނޫނެވެ.
އޯޓިޒަމް އާއި ސަރުކާރު
ދިވެހިރާއްޖޭގެ ޞިއްޙީ ވުޒާރާއިން އޯޓިޒަމް އާ ބެހޭގޮތުން މާބޮޑު ކަމެއް ކުރާކަމަށް ޚަބަރުތަކަކުން ފައުޅެއް ނުވެއެވެ. ރާއްޖޭގައި މިބަލި ރޯގާއަކަށް ވުމުގެ ކުރީން ވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާށެވެ. ޚާއްޞަކޮށް ބަލިޖެހުމުގެ ފުރުޞަތު ބޮޑުކުރާ ކަންކަން ކުޑަކުރާށެވެ. މިގޮތުން އެންމެ މުހިއްމު އެއް ކަމަކީ ހޭލުންތެރިކަން އިތުރުކުރުމެވެ. އަންހެނުންގެ ބަރުދަން ހަމައަކަށް އެޅުވުމެވެ. ހަކުރާއި މާ ފޮނި އެއްޗެތީން ޓެކުސް ނަގާ މިންވަރު ބޮޑުކުރުމެވެ. ވިހާ ޢުމުރު ހަނގުކުރުމެވެ.
މި ޒަމާނުގައި ޞިއްޙަތު ސަލާމުން ބެހެއްޓުންވަނީ ބޮޑު ވިޔަފާރިއަކަށް ވެފައެވެ. ބޭސްވިއްކުމަކީ ވަރަށް ނަފާ ބޮޑުކަމެއް ކަމުން، ބަލިތަކުން ރައްކާތެރިވުމަށް ވުމަށް ވުރެ ބަލިޖެހުމުން ބައްޔަށް ބޭސްކުރުމަށް އިސްކަންދެވޭލެއް ވަނީ ބޮޑުވެފައެވެ. ޞިއްޙަތު ރައްކާތެރިކުރުމަށް ކުރާ ކަންކަމުން، އާސަންދައަށް ކުރާ ޚަރަދު މުސްތަޤްބަލްގައި ވަރަށް ކުޑަވާނެއެވެ. ނަމަވެސް މިކަމަށް ވިސްނާ މީހުން ވަރަށް މަދުވެއްޖެހެން ހީވެއެވެ.
ދިވެހރާއްޖެވަނީ ޞިއްޙީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ނުރައްކާތެރި ފައްތަރެއްގައެވެ. ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކުޑަކުދީން ވިހާ މިންވަރު ހައްތާ ދަނީ ދަށަށެވެ. މިކަމަކީ ޤައުމީ އެތައް މައްސަލަތަކެއް ކުރިމަތިވާނޭ ކަމެކެވެ.
އޯޓިޒަމްއާއި އެހެން ގައިން ގަޔަށް ނާރާ ބަލިތައް މަދުކުރުމަށް، ޞިއްޙަތު ރަނގަޅުވާނެ ގޮތަށް ދިރިއުޅޭން ރައްޔިތުން ބާރުވެރިކުރުވަން، ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައެވެ. މިނިސްޓްރީ އޮފް މެޑިސިންސް ގެ ބަދަލުގައި ޞިއްޙަތަށް އިސްކަންދޭ އިދާރާއެއް ވަނީ އުފައްދަން ޖެހިފައެވެ.
Thifadha alaamaaiy faahaga vegen Dr ah dhehkiyas Dr in bunany eveni miveni age akah balaashey anna badhaluthah. Ehunna haalathuga kujjaage kankan ehen hure dhuvasthah veythuvany. Dhen kihineh tho ekankamah ekashygenvaa faruvaa aai therapy aai kankan hurihaa aailaa akun kureveyny. Raajjeygai thifadha kamakah nagaidhey therapy ves ehaa agubodu. Sarukaaru thakun v bodah faruvaa kudakohfaivaa kankan sihhee kankamaky.
ތެލަސީމިއީ ސެންޓަރުހެން، މި ކުދީންގެ ޢަދަަދަށް ބަލައި، ޚާއްޞަ ފަރުވާ ދޭ މަރުކަޒެއް ހެދިދާނެ. ނަމަވެސް، ކިތައް ކުދީންގެ ކިބައިގައި ކަން މި ޙާލަތު ހުރީ ބަލަން ޖެހޭނެ. އެކަން ބެލިފައެއް ނެތް.
އެއީ ނިސްބަތުން ފިރިހެން %75 އަދި އަންހެން %25 އެވެ. މިއީ ވަރަށް ބޮޑު ނަސީބެކެވެ
Mihen bunefa eothy kyhvegen tho? Nasybakah v sababu ves bayaan kolla dhevvi nama.
އެހެން ބުނެފައިވާ ސަބަބަކީ ދުނިޔޭގައި އިންސާނީ ދަރިފަސްކޮޅު އޮންނަނީ އަންހެނުންގެ ސަބަބުން ކަމަށް ވާތީއެވެ. އެއް ފިރިހެނަކަށް އެއް މިލިއަން ދަރިން (އަންހެނުން ތިބި ނަމަ) އުފަންކުރެވިދާނެއެވެ. ނަމަވެސް އަންހެނަކަށް އެންމެ ގިނައިން ވެސް އުފަންކުރެވޭނީ އޭނާ ވިހާއިރު އޭނާގެ ކިބައިގައި އޫސައިޓްސް ހުރި ވަރަކަށެވެ. މައިގަނޑު ގޮތެއްގައި ގުދްރަތީ ގޮތުން ގިނަވެގެން 30 ވަރަކަށް ކުދީންނެވެ. އަންހެނުންގެ ޢަދަދަކީ، އެހެންކަމުން ދަރިފަސްކޮޅު ދެމިއޮތުމަށް ފިރިހެނުންނަށް ވުރެ މުހިއްމު ބައެކެވެ.
It’s well-established that chronic neurological inflammation is a hallmark symptom of autism. “Neuro-inflammation and neuro-immune abnormalities have now been established in ASD as key factors in its development and maintenance.
1) Brain inflammation: Childhood vaccines are implicated as neurotoxins (aluminium & mercury) included vaccines are given during the infant stages when the brain development is at its foundational stage. https://ncbi.nlm.nih.gov/pmc/articles/PMC6027314/ and these chemicals translocate to the brain https://ncbi.nlm.nih.gov/pmc/articles/PMC4017810/ Encephalopathy (brain inflammation) following vaccination https://n.neurology.org/content/78/1_Supplement/P03.151
2) Biomarkers for prediction of autism https://journals.plos.org/plosone/article/file?id=10.1371/journal.pone.0227626&type=printable
3) Dr Theresa Deisher’s study on vaccines manufactured using aborted human fetal cells causing autism. https://academicjournals.org/journal/JPHE/article-full-text-pdf/C98151247042
This is an interesting study that shows increase in autism rates following introduction of vaccines made using human fetal cells. In Maldives, autism rate increased following the introduction of MR & MMR vaccines (both are manufactured using aborted fetal cells).
4) Positive association between autism prevalence and vaccination in US. https://www.ncbi.nlm.nih.gov/pubmed/21623535
5) Maternal immune activation (MIA). As you have also written, some viruses cause immune activation of pregnant mothers which may lead to autism. In the same manner, when vaccines activate the immune system of pregnant mothers, it also leads to autism. https://www.nature.com/articles/s41598-019-53294-z.pdf
6) Immune dysfunction & autoimmunity: https://www.frontiersin.org/articles/10.3389/fncel.2018.00405/full
You can find numerous peer-reviewed published studies relating to autism in my report.
http://tinyurl.com/BodilySovereignty