alpartAnpart arpart notepart

Words starting with An…

an

އެން (ނއ) އަކުރެއް؛ މި ބޭނުން ކުރަނީ ޔޫ އަޑު ފިޔަވައި އެހެން ވަވަލް އަޑުތަކުގެ ކުރިން އެކަހެރިކަން އެންގުމަށެވެ.

anachronism

އެނެކްރޮނިޒަމް (ނ) ވަކި ކަމެއް ރަނގަޅު ތާރީޚަށް ފެއްތުމުގައި ކުށެއް ޖެހުން؛ މިގޮތަށް ނުބައި އިރަކަށް ނިސްބަތްކުރެވޭ ކަން، އާދަކާދަ، މީހެއް ނުވަތަ ޚިޔާލެއް؛ ބޯދާ، ޒަމާނަށް ނުފެދޭ ޤަދީމީ އާދަކާދަ، ޚިޔާލު، ނުވަތަ މީހެއް. anachronistic (ނއ)

anaconda

އެނެކޮންޑާ (ނ) ދެކުނު އެމެރިކާގައި އުޅޭ ވަރަށް ބޮޑު ހަރުފައެއް.

anaemia

އެނީމިއާ (ނ) ލެއިން ރަތް ސެލްމަދުވުން ނުވަތަ އެއިން ހޭމޮގްލޮބިން ދަށްވުން؛ މިބަލި.

anaemic

އެނީމިކް (ނއ) އެނީމިއާ ޖެހިފައިވުން؛ ދޮންފޫޑުވެ، ގައިގައި ބާރުނެތި މާޔޫސްވެފައި ހުރުން. anaemically (ކއ).

anaesthesia

އެނެސްތީޒިއާ (ނ) އެއްވެސް އިޙްސާސެއް ނެތުން، ޚާއްޞަކޮށް އެނިސްތެޓިކެއް ބޭނުން ކުރުމުގެ ސަބަބުން.

anaesthetic

އެނެސްތެޓިކް (ނ) އިޙްސާސްތައް ކަޑުވާ އަދި ތަދުވުމުގެ އިޙްސާސްތައް ކަޑުވާ އެއްޗެއް.

anaesthetist

އެނެސްތެޓިސްޓް (ނ) އެނެސްތެޓިކް މީހަކަށް ދިނުމަށް ތަމްރީނު ކުރެވިފައިވާ މީހެއް.

anaesthetize

އެނެސްތެޓައިޒް (ކ) މީހަކަށް ނުވަތަ އެއްޗަކަށް އެނީސްތެޓިކެއް ދިނުން. anaesthetization (ނ).

anagram

އެނެގްރާމް (ނ) އެހެން ލަފުޒެއް ނުވަތަ ކަލިމައެއްގެ އަކުރުތައް އެހެން ގޮތަކަށް އަތުރައިގެން އުފައްދާ ލަފުޒު ނުވަތަ ކަލިމަ. (މ. މާރު، ރުމާ؛ trap ،part).

anal

އޭނަލް (ނއ) anus އޭނަސް ގެ ނަން އިތުުރު.

analgesia

އެނެލްޖީޒިއާ (ނ) ހަމަހޭގައި ހުރެގެން ތަދު އިޙްސާސް ނުވުން.

analgesic

އެނެލްޖީޒިކް (ނއ) ތަދު ކަނޑުވާ؛ (ނ) މި ޙާލަތު ގެނުވާ ބޭހެއް.

analogous

އެނެލަގަސް (ނއ) ބައެއް ސިފަތަކުގައި އެއްގޮތް. analogously (ކއ)

analogue

އެނެލޮގް (ނ) އެހެން އެއްޗަކާއި އެއްގޮތް އެއްޗެއް. އެނެލޮގް ކޮމްޕިއުޓަރަކީ އެކި ޢަދަދުތައް ވޯލްޓޭޖް ނުވަތަ ކަރަންޓް އެކި މިންވަރުގައި ބަހައްޓައިގެން ހިސާބު ހަދާ މެޝިނެވެ.

analogy

އެނެލަޖީ (ނ) އަޅާ ކިޔާ ދެއެއްޗެއްގައިވާ ބައެއް އެއްގޮތްކަން؛ ޤިޔާސް، މަޝާބާ.

analyse

އެނެލައިޒް (ކ) އެއްޗެއް އޭގައި ހިމެނޭ ބައިތަކަށް ރޫޅާލުން؛ މިކަން ކުރަނީ އޭގައި އެކުލެވޭ އެއްޗެއް ނުވަތަ ބައިތައް ބެލުމަށާއި އޭގެ ޒާތް ދަސްކުރުމަށެވެ؛ ތަޙުލީލު ކުރުން. މީހެއްގެ މިޒާޖާއި ޠަބީޢަތް ނަފްސާނީގޮތުން ތަޙުލީލު ކުރުން (ސައިކޯއެނެލައިޒް ކުރުން). Analytic (ނއ)، analytical (ނއ)،analytically (ކއ).

analysis

އެނެލިސީޒް (ނ) އެއްޗެއް އޭގެ ބައިތަކަށް ރޫޅާލުމަށް ފަހު އެކަމުގެ ނަތީޖާ ދައްކާދޭ ބަޔާން؛ މިގޮތަށް ބަހާލުމުގެ މަސައްކަަތް؛ ތަޙްލީލް.

analyst

އެނެލިސްޓް (ނ) އެއްޗެއް (ޚާއްޞަކޮށް ކެމިކަލެއް) އޭގެ ބައިތަކަށް ރޫޅާލުމުގެ ތަމްރީނު ނުވަތަ ހުނަރު ލިބިފައިވާ މީހެއް؛ މުޙައްލިލެއް؛ ސައިކޯއެނެލިސްޓެއް.

anarchist

އެނާރކިސްޓް (ނ) ސަރުކާރާއި ޤާނޫނަކީ ބޭނުންތެރި އެއްޗެއް ނޫންކަމާއި އެކަންކަން ނެތުމަކީ ރަނގަޅު ކަމެއްކަމަށް ޤަބޫލު ކުރާމީހެއް. anarchism (ނ) ،anarchistic (ނއ).

anarchy

އެނާރކީ (ނ) ސަރުކާރެއް ނުވަތަ ސަރުކާރުގެ ބާރެއް ނެތުމުގެ ސަބަބުން ޤާނޫނެއް ނުހިގާ؛ އެއްވެސް ހަމަޖެހުމެއް ނެތް؛ އެއްވެސް ނިޒާމެއް އުޞޫލެއް ނެތުން. anarchic (ނއ) ،anarchical (ނއ).

anastigmatic

އެނެސްޓިގްމެޓިކް (ނއ) (astigmatism) އެސްޓިގްމެޓިޒަމް މިނަން ކިޔާ ލޮލުގެ ބަލި ނުޖެހޭ.

anathema

އެނެތެމާ (ނ) 1. މަންސޫޚުވެފައިވާ ނަޞޯރާދީނުގެ ފައްޅީގެ ވެރިން، ކަމެއް ނުވަތަ މީހެއް އެއީ ނުބައި އެއްޗެއް ކަމަށް ރަސްމީގޮތުން ކަނޑައަޅާ ގުޅުންތައް ކަޑާ އެކަމަކަށް ނުވަތަ މީހަކަށް ލަޢުނަތަށް އެދޭ އެދުން. 2. ރުޅިއަރާ މީހެއް ނުވަތަ ކަމެއް.

anatomy

އެނޭޓަމީ (ނ) 1. ހަށިގަނޑުގެ އޮނިގަނޑާއި ބެހޭ ޢިލްމް. 2. ގަސް ގަހާ ގެހީގެ ނޫނީ ހައިވާނުގެ އޮނިގަނޑާއި ބެހޭ ޢިލްމް. anatomical (ނއ) ،anatomically (ކއ).

ancestor

އޭންސެސްޓަރ (ނ) މީހެއްގެ ނަސްލު؛ ޢާއްމު ގޮތެއްގައި މީހެއްގެ ކާފައިން ކުރީގެ ތިމާގެ މީހުން؛ ސަލަފު؛ ފަހުން ތަރައްޤީ ކުރެވޭ ކުރީ ޒަމާނެއްގެ ޢާލަތެއް ނުވަތަ މެޝިނެއް. ancestral (ނއ).

ancestry

އޭންސެސްޓްރީ (ނ) ނަސްލުގެ ސިލްސިލާ.

anchor

އެންކަރ (ނ)

މައްޗަށް ފޮނުވާ ހަމެއް ނުވަތަ ކަނޑުގެ އުޅަނދެއް ވަކި ތަނެއްގައި ބޭއްވުމަށް ތިރިއަށް ފޮނުވާ މަޢުދަނުން ހަދާފައިވާ އެއްޗެއް. ނަގިލި. ރައްކާތެރިކަމާއި ސާބިތުކަން ދޭ ކޮންމެ އެއްޗެއް. (ކ) ނަގިލި ތިރިކުރުން؛ އެއްޗެއް ރައްކާތެރިކުރުން؛ ރަނގަޅަށް އެއްސުން؛ އެންކަރ މޭން: ކުޅިވަރެއްގައި މުހިއްމު ދައުރެއް އަދާ ކުރާ މީހެއް، މިސާލަކަށް ރިލޭ ރޭހެއްގައި އެންމެ ފަހުން ދުވާ މީހާ، ވައު ދެމުމުގައި ފުލުގައި ހުންނަ މީހާ؛ ޓީވީ ރޭޑިއޯ ޕްރޮގްރާމެއް ހުށަހަޅާދޭ މީހާ.

anchorage

އެންކަރިޖް (ނ)

ކަނޑުގެ އުޅަނދުފަހަރު ސަލާމަތްތެރިކަމާއެކު ނަގިލި ލެވޭ ތަނެއް. މިކަމަށް ނަގާ ފީ.

anchovy

އެންޗޮވީ (ނ) ކަނޑުގައި އުޅޭ ރަހަ ރަނގަޅު ހައެއްކަ އިންޗިއަށް ވުރެ ބޮޑުނުވާ މަހެއް.

ancient

އޭންޝަންޓް (ނ) މާޒީވެ ގޮސްފައިވާ ޒަމާނަށް ނިސްބަތްވާ؛ ޤަދީމީ؛ އެޒަމާނަށް ނިސްބަތްވާ މީހެއް. ancient history (އޭންސަންޓް ހިސްޓްރީ) ހުޅަނގުގެ ރޯމަން އެމްޕަޔަރ ނިމުމުގެ ކުރީގެ ތާރީޚް :674 CE ގެ ކުރީގެ ތާރީޚު.

ancillary

އޭންސިލެރީ (ނއ) ކަމެއްގައި އެހީތެރިވާ (މަސައްކަތް ނުވަަތަ މުވައްޒަފުން ނުވަތަ މީހުން)؛ މަލްހަޤު.

and

އެންޑް (ކނ) އަދި؛ އެއްޗަކާއެކު؛ ތަކުރާރު ވަމުން އިތުރު ވެގެންދާ ގޮތަށް؛ އެއްޗަކަށް އެކުވެގެން.

andante

އަންޑާންޓި (ކއ) މެދުމިނުގެ ލަސްކަމަކާއެކު (މ. މިޔުޒިކްގައި). (ނ) މިގޮތަށް ކުޅޭ މިޔުޒިކްގެ ބައެއް.

andiron

އެންޑްއަޔަން (ނ) ހޫނުކުރަން ގޭއްގޭގައި އަލިފާން ރޯކުރާ ދަރު، އުނދުނުގައި ބަހައްޓަން ބޭނުން ކުރާ ހަރެއް.

android

އެންޑްރޮއިޑް (ނ) ސައިންސްގެ ޚިޔާލީ ވާހަކަތަކުގައި އިންސާނެއްގެ ސިފައިގައި ހުންނަ ރޯބޮޓް.

anecdote

އެނިކްޑޯޓް (ނ)

މަޖާ ނުވަތަ ޝައުޤުވެރިކަން ހުންނަ ބާވަތުގެ ކުރު ޙަޤީޤީ މީހުންގެ ވާހަކަ ނުވަތަ ހިގި ކަމެއް؛ ހިކާޔަތު

anemometer

އެނިމޯމިޓަރ (ނ) ވައިގެ ބާރުމިން މިނުމަށް ގެންގުޅޭ މީޓަރު.

anemone

އެނެމަނީ (ނ) ހުދު، ރަތް، ނުވަތަ ދަނބު މާ އަޅާ ގަހެއް. ޝުއްޤާރު.

aneroid barometer

އެނެރޮއިޑް ބޭރޯމީޓަރ (ނ) ޖައްވުގައިވާ ވައިގެ ފިއްތުން ބެލުމަށް ބޭނުންކުރާ މީޓަރެއް؛ މިފަދަ މީޓަރުގެ ޚާއްޞަ ސިފައަކީ ފިއްތުން އިޙްސާސް ކުރުވުމަށް ވައިހުސްކޮށްފައިވާ ފޮށްޓެއް ބޭނުން ކުރާކަމެވެ.

aneurysm

އެންޔޫރިޒަމް، އެނިޔުރިޒަމް (ނ) ހިތުން ލޭފޮނުވާ ނާރެއް ދާއިމީކޮށް ޢާއްމުކޮށް ނުހުންނަވަރަށް ފަލަވުން.

anew

އެނިޔު (ކއ) އަލުން؛ އައު ނުވަތަ ތަފާތު ގޮތަކަށް؛ މުޖައްދަދު.

angel

އޭންޖަލް (ނ) 1. މަލާއިކަތު 2. ވަރަށް ހެޔޮ ރީތި މީހެއް. angelic (ނއ) ، angelically (ކއ).

angelica

އޭންޖެލިކާ (ނ) ބޭސްވެރިކަމާއި ކެއްކުމުގައި ބޭނުންކުރާ މީރުވަސް ދުވާގަހެއް؛ އޭގެ ހަކުރުލީ ކުރިތައް.

anger

އޭންގަރ (ނ) ހިތްހަމަ ނުޖެހުމުގެ ސަބަބުން މީހަކަށް ހާނީއްކައެއް ކުރަން ނުވަތަ ނޭދެވޭ ގޮތަކަށް އުޅެން ހިތްޖައްސާ ޝުޢޫރު؛ ރުޅި

angina pectoris

އެންޖައިނާ ޕެކްޓަރިސް (ނ) ހިތަށް ބަލިޖެހިފައިވާ މީހަކު، ބޮޑަށް މަސައްކަތް ކުރުމުން މެޔަށް އަރާ ވަރުގަދަ ތަދު.

angle

އޭންގްލް (ނ) 1. ދެ ރޮނގު ނުވަތަ ޞަޠަހަ ބައްދަލުވާ އިރު އެ ދެމެދުގައި ހުންނަ ޖާގަ؛ ޒާވިޔާ. 2. ކަމަކާ ދޭތެރޭ ދެކޭ ގޮތެއް. (ކ) އެއްޗެއް ކޮންމެވެސް އެހެން އެއްޗަކާއި ކަތިކޮށް ބެހެއްޓުން؛ ކަތިކޮށް ދައުރު ކުރުން؛ ކަމެއް (މ. ޚަބަރު) ވަކި ނަޒަރަކުން ދިނުން.

angle

އެންގްލް (ކ) ބުޅި އާއި ކަންވާރު ބޭނުން ކޮށްގެން މަސްހިފުން؛ ނުސީދާ ގޮތަކުން އެއްޗެއް (މ. ދަޢުވަތެއް) ހޯދުން.

Anglican

އެންގްލިކަން (ނ) މަންސޫޚުވެފައިވާ ނަޞާރާ ދީނުގެ ގިނަ މަޒުހަބުތަކުގެ ތެރެއިން މަޒުހަބެއް. މި މަޒުހަބަކީ އިނގިރޭސި ވިލާތައް ނިސްބަތް ކުރެވޭ މަޒުހަބެކެވެ.

anglicize

އެންގްލިސައިޒް (ކ) ސިފަ ނުވަތަ މިޒާޖު އިނގިރޭސި ވައްތަރަށް ހެދުން.

anglophile

އެންގްލޯފައިލް (ނ) އިނގިރޭސި ބަހަށް ނުވަތަ އިނގިރޭސި ތަކެއްޗަށް ލޯބިކުރާ މީހާ.

Anglo-Saxon

އެންގްލޯ-ސެކްސަން (ނ) ނޯރމަނުންގެ ފަތަޙަގެ ކުރީގެ އިނގިރޭސީންގެ ޒަމާން؛ އެ ދުވަސްވަރުގެ ބަހުރުވަ؛ އިނގިރޭސިންގެ ނަސަބުން އައި މީހެއް.

angora

އެންގޯރާ (ނ) އެންގޯރާ މުސަޅު ނުވަތަ ބަކަރީގެ ކެހެރިން ހަދާފައިވާ ފޭރާން ފޮތި؛ ކެހެރި ދިގު މުސަޅު، ބުޅާ، ބަކަރި ފަދަ ޖަނަވާރު

angostura

އެންގޮސްޓޫރާ (ނ) ބަނގުރަލެއްގައި ރަހަ ލައްވަން ބޭނުންކުރާ ސައުތު އެމެރިކާގެ ގަހެއްގެ ހިތި ތޮށި.

angry

އެންގްރީ (ނއ) ރުޅިއައިސްފައިވާ؛ ދުޅަވެފައިވާ. angrily (ކއ)

angstrom

‎ އެންގްސްޓްރޮމް (ނ) ދިގުމިން ބަލާ ވަޒަނެއް. މީޓަރެއްގެ ދިހަހާސް މިލިއަން ބައިކުޅަ އެއްބައި

anguish

އެންގްވިޝް (ނ) ޖިސްމުގެ ނުވަތަ ސިނކުޑިއަށް ކުރާ ބޮޑު ފުން ހިތާމަ ނުވަތަ ތަދު. (ނއ)

angular

އޭންގިއުލަރ (ނއ) ތޫނު ކަން ހިމެނޭ؛ އޮމާންކަން ނެތް؛ އޭންގަލުން މިނާ؛ ޒާވީ.

aniline

އެނިލީން (ނ) ޕްލާސްޓިކާއި ކުލަ ހެދުމަށް ބޭނުން ކުރާ ނައިޓްރޯބެންޒީނުން އުފައްދާ ތެޔޮ ދިޔައެއް.

animadversion

އެނިމްއެޑްވާރޝަން (ނ) ޢަދާވަތްތެރި ގޮތަކަށް މީހެއްގެ ކުށްތައް ނުވަތަ އެއްޗެއްގެ ކުށް ދައްކާ ދެއްކުން.

animadvert

އެނިމްއެޑްވާރޓް (ކ) ޢަދާވާތްތެރި ގޮތަކަށް ކަމެއްގެ ނުވަތަ މީހެއްގެ ކުށް ދެއްކުން.

animal

އެނިމަލް (ނ) ހިއްސު ހިމެނޭ އަމިއްލައަށް އެއްތަނުން އަނެއްތަނަށް ޙަރަކާތް ވެވޭ ދިރުން ހުރި ތަކެތި؛ އިންސާނުން ފިޔަވައި އެފަދަ އެހެން ތަކެތި؛ ހައިވާނު؛ ހަތަރު މޮށްގަނޑު ހުންނަ ޖަނަވާރު (ދޫނި، ފަނި ފަދަ ތަކެއްޗާއި ޚިލާފަށް)؛ އެމީހަކާއި އެކީ އުޅެން ދަތި ހިތްހަމަނުޖެހޭ ޠަބީޢަތްވާ މީހާ. (ނއ) ޙައިވާނީ؛ ޖަނަވާރަކަށް ނިސްބަތްވާ.

animate

އެނިމޭޓް (ނއ) ދިރުން ހުރި.

animate

އެނިމޭޓް (ކ)  އެއްޗަކަށް ފުރާނަ ނުވަތަ ދިރުން ދިނުން؛ ޙަރަކާތްތެރިކަން އެއްޗަކަށް ނުވަތަ ކަމަކަށް ގެނައުން؛ ކަމެއް ކުރުމަށް ތަރުޙީބު ދިނުން؛ ކާރޓޫނެއް، ކުރެހުމެއް  ފަދަ އެއްޗެއް ޙަރަކާތް ކުރާގޮތް ހެދުން؛ އެނިމޭޓަރ؛ ހަރަކާތްތެރިކަން ގެންނަ މީހާ.

animation

އެނިމޭޝަން (ނ) ޙަރަކާތްތެރިކަން ނުވަތަ ދިރުން ހުރިކަން.

animism

އެނިމިޒަމް (ނ) ވަޔާއި ވިލާއާއި ކަނޑާއި ގަސްފަދަ އެއްޗިއްސަކީ އޭގައި ރޫހު ނުވަތަ ފުރާނަ ހުރި ތަކެތި ކަމަށް ޤަބޫލުކުރާ ކުރުން؛ މި އިޢުތިޤާދު.

animosity

އެނިމޯސިޓީ (ނ) ޢަދާވަތްތެރިކަމުގެ ޝުޢޫރު.

animus

އެނިމަސް (ނ) ވާހަކަ ދެއްކުމުގައި ނުވަތަ ޙަރަކާތްތެރިކަމުގައި ހާމަކުރާ ޢަދާވަތްތެރިކަން.

anion

އެންއަޔޯން (ނ) ނެގެޓިވް ޗާޖެއް ހުންނަަ އަޔޯން ނުވަަތަ އައިއޮން.

aniseed

އެނިސީޑް (ނ) ތަކެތީގައި ރަހަ ލެއްވުމަށް ބޭނުން ކުރާ މީރުވަސް ދުވާ އެނީސް ގަހުގެ އޮށް.

ankle

އެންކްލް (ނ) ފައިގެ ކަށިގަނޑާއި ފައިތިލަ ގުޅޭ ހުޅު؛ ތަނބިކަށި؛ ކާހިލް.

anklet

އެންކްލެޓް (ނ) ޒީނަތަކަށް ތަބިކަށީގައި އަޅާ ފަށް. ތަކަހޮޅި

annals

އެނަލްޒް (ނ) އެކި އަހަރު ހިނގާފައިވާ ހާދިސާތަކުގެ ތާރީޚް؛ ތާރީޚީ ރެކޯޑްތައް.

annex

އެނެކްސް (ކ) ބޮޑު އެއްޗަކާއި ގުޅުވުން. ބިމެއް އަމިއްލަ ކޮށްލުން (މ. އެހެން ޤައުމެއްގެ). annexation (ނ).

annex

އެނެކްސް (ކ) ބޮޑު ޢިމާރާތަކާއި ގުޅިގެން ހުރި ކުޑަ ޢިމާރާތެއް ނުވަތަ ބިނާއެއް؛ ބޮޑު ޢިމާރާތަކަށް ވުރެ އިސްކަން ކުޑަ އެއާއި ގުޅިގެން ހުރި އެހެން ބިނާއެއް.

annihilate

އެނިހިލޭޓް (ކ) މުޅިން ހަލާކުކޮށްލުން؛ ފަނާކޮށްލުން. annihilation (ނ) ، annihilator (ނ).

anniversary

އެނިވަރސަރީ (ނ) ކަމެއްވީ ތާރީޚެއް އަހަރަކު އެއްފަހަރު ފާހަގަކުރާ ފާހަގަކުރުން. މިފަދަ ދުވަސް.

Anno Domini (A.D.)

އެނޯ ޑޮމިނީ (ނ) މަންސޫޚު ވެފައިވާ ނަޞޯރާ ދީނުގެ މީހުން ޢީސާގެފާނުން ދުނިޔެއަށް ވަޑައިގެންނެވި އަހަރަށް ވުރެ ފަހު އަހަރެއް ކަމަށް ނިޞްބަތްކުރަން ތާރީޚް ލިޔާއިރު ޖަހާ ދެއަކުރެއްގެ ދިގުގޮތް. (ލެޓިން ބަހުން މި ކަލިމައިގެ މާނައަކީ އަހުރެމެންގެ ކަލާނގެ އަހަރު .މުސްލިމުން އޭ.ޑީ ގެ ބަދަލުގައި ބޭނުން ކުރަނީ ސީ.އީ އެވެ).

annotate

އެނޮޓޭޓް (ކ) ދޭހަކުރުމަށް ފަސޭހައަކަށް ނޯޓު ނުވަތަ ބަޔާނެއް ހިމެނުން. annotation (ނ).

announce

އެނައުންސް (ކ) ބަޔަކަށް ނުވަތަ ރަޢިއްޔުތުންނަށް އިޢުލާނު ކުރުން. އައިކަން ނުވަތަ ހާޒިރުވެއްޖެކަން އެންގުން. announcement (ނ) ، announce(ނ).

annoy

އެނޯއި (ކ) ރުޅިއެރުވުން؛ އުނދަގޫކުރުން؛ ޖެއްސުން ކުރުން. annoyance (ނ).

annual

އެނުއަލް (ނއ) އަހަރީ؛ އަހަރަކު އެއްފަހަރު ވުން؛ އެއް އަހަރުގެ މުއްދަތަށްވުން. (ނ)އަހަރެއްގެ ތެރޭގައި ހެދި މަރުވާ ގަސް؛ އަހަރަކު އެއްފަހަރު ޝާއިޢުކުރާ ފޮތް، މަޖައްލާ. annually (ކއ).

annuity

އެނިއުޓީ (ނ) އަހަރަކު އެއްފަހަރަކު ދެވޭ އެލަވަންސެއް. annuitant މި އެލަވަންސް ލިބޭ ފަރާތް.

annul

އެނަލް (ކ) މަންސޫޚުކުރުން؛ ކެންސަލްކުރުން؛ ކަމެއް (މ. ކައިވެނި) ބާޠިލް ކުރުން.

annular

އެންޔޫލަރ (ނއ) ވަށް ބަންދެއްގެ (ދާއިރާއެއްގެ) ބައްޓަން ލިބިގެންވާ.

annunciation

އެނަންސިއޭޝަން (ނ) އިސްލާމް ދީން އައުމުން އުވިފައިވާ ނަޞާރާދީނުގެ މީހުން ޤަބޫލު ކުރާ ގޮތުގައި، ޖިބްރީލްގެފާނު މަރިޔަމް ގެފާނަށް އެކަމަނާ ޢީސާގެފާނަށް އާލާސްވެ އިންނެވިކަން އެންގި އެންގުން. މިކަން ފާހަގަ ކުރާ މުނާސަބަތު (މާރޗް -25).

anode

އެނޯޑް (ނ) ކަރަންޓް އެއްޗަކަށް ވަންނަ ކޮޅު ނުވަތަ އިލެކްޓްރޯޑް؛ މަޞްޢަދު.

anodize

އެނޮޑައިޒް (ކ) އިލެކްޓްރޯލިސިސް ބޭނުންކޮށްގެން މަޢުދަނެއްގެ ބޭރުގައި ރައްކާތެރި ފަށަލައެއްލުން.

anodyne

އެނޮޑައިން (ނ) ތަދު ކަޑުވާ ބޭހެއް. ހިތާމަ ނުވަތަ ތަދު ކަޑުވާ ކޮންމެ އެއްޗެއް.

anoint

އެނޮއިންޓް (ކ) ތެޔޮ އުނގުޅުން، ޚާއްޞަކޮށް ބައެއް ދީންތަކުގެ ދީނީ އިޙްތިފާލްތަކުގައި ކަރާމަތް އިތުރުކުރުމަށް. ދަހަނާ ކުރުން.

anomaly

އެނޯމަލި (ނ) ޢާއްމު އުޞޫލު ނުވަތަ ގަވާއިދާ އެއްގޮތަށް ނުހިގާ ކަމެއް؛ ޢާއްމު ތަކެއްޗާ ތަފާތު އެއްޗެއް.

anon

އެނޮން (ކއ) އަވަހަށް؛ މިހާރު؛ ކުޑަ އިރުކޮޅެއްގެ ތެރޭގައި

anon.

އެނޮން (އބ) އެނޯނިމަސް anonymous ކުރުކޮށް ލިޔާގޮތް.

anonymous

އެނޯނިމަސް (ނއ) ނަން ހާމަ ނުކުރާ؛ ނަން ހާމަނުކޮށް ލިޔެފައިވާ. މަޖުހޫލު، anonymity (ނ) ޣުފޫލް، anonymously (ކއ).

anorak

އެނަރެކް (ނ) ވާރެއިން، ވައިން ނުވަތަ ފިނިން ރައްކާތެރިވުމަށް ބޯ ނިވާކުރެވޭ ގޮތަށް ހަދާފައި ހުންނަ ކޯޓު.

anorexia

އެނަރެކްސިއާ (ނ)  ކާހިތް ކެޑުމުގެ ބަލި؛ ޤަހަމް. anorexic (ނއ) anorexia nervosa ކާހިތް ކެނޑުމުގެ ނަފްސާނީ ބަލި.

another

އެނަދަރ (ނއ) އިތުރު؛ އެހެން؛ އަދި އިތުރަށް އެކަތި؛ ތަފާތު؛ ބައެއް ނުވަތަ ކޮންމެވެސް އެހެން. އަޚަރަ.

answer

އޭންސަރ/އާންސަރ (ނ) ޖަވާބު؛ ރައްދު؛ އިޖާބަ. answerable އަންސަރަބަލް: ޒިންމާވާން ޖެހޭ؛ ޖަވާބު ދެވޭ ފަދަ.

ant

އެންޓް (ނ) ހަ ފައި ހުންނަ ދިރޭ ސުއިއްޕެއް. ހިނި. ނަމްލު. ant-eater  ކެއުމަކަށް ހިނި ކައިއުޅޭ ޖަނަވާރެއް.

antacid

އެންޓެސިޑް (ނ) ހުތްކަން ކަނޑުވާ ނުވަތަ މަތަކުރާ ބޭހެއް؛ ހުތްމަތަ

antagonism

އެންޓެގެނިޒަމް (ނ) ޙަރަކާތްތެރި ޢަދާވަތްތެރިކަން؛ ސާބިތު ދެކޮޅުވެރިކަން.

antagonist

(ނ) ދެކޮޅުވެރިއެއް؛ ކޮންމެވެސް ކަމަކަށް ދެކޮޅުވެރި މީހެއް. antagonistic (ނއ) އެންޓެގޮނިސްޓިކް ދެކޮޅުވެރިކަމުގެ ޝުޢޫރުތައް ހާމަކުރާ ނުވަތަ އިޙްސާސްކުރާ. antagonistically (ނއ).

antagonize

އެންޓެގެނައިޒް (ކ) ދެކޮޅުވެރިކަމުގެ ޝުޢޫރުތައް އުފެއްދުން. ނާރާޖު

Antarctic

އެންޓާރކްޓިކާ (ނ) ދުނިޔޭގެ ދެކުނު ތަނޑީގެ ވަށައިގެންވާ ބިން. (ނއ) މި ސަރަޙައްދަށް ނިސްބަތްވާ.

ante

އެންޓި (ނ) ޖުވާ ކުޅޭއިރު؛ އައު ގަނޑެއް ނެގުމުގެ ކުރިން ބަހައްޓާ ފައިސާ. (ނއ) އެހެން ލަފުޒެއްގެ ކުރިއަށް މި ލަފުޒު ލާނަމަ، އޭގެ މާނައަކީ ކުރިން.

antecedent

އެންޓިސީޑިންޓް (ނ) 1. ކަމެއްގެ (މ. ހާދިސާއެއްގެ) ކުރިން ހިނގާ، ނުވަތަ ވާ ކަމެއް. 2. ޖުމްލައެއްގައި ފަހުން އަންނަ ޕްރޮނައުނެއް އިޝާރާތް ކުރާ ނަމެއް ނުވަތަ ނަމެއް ހިމެނޭ ކަލިމައެއް

antechamber

އެންޓިޗެމްބަރ (ނ) މުހިއްމު ބޮޑު ކޮޓަރިއަކަށް ވަނުމުގެ ކުރިން ބަދެވޭގޮތަށް ހުންނަ ކުޑަ ކޮޓަރިއެއް

antedate

އެންޓިޑޭޓް/އެންޓެޑޭޓް (ކ) ފަތެއްގައި އެ ފަތް ލިއުނު ތާރީޚަށް ވުރެ ކުރީގެ ތާރީޚެއް ޖެހުން.

antެediluvian

އެންޓިޑިލޫވިއަން (ނއ) ނޫޙްގެފާނުގެ ޠޫފާނުގެ ކުރިން؛ ވަރަށް ބޯދާ.

antelope

އެންޓިލޯޕް (ނ) ބާރަށް ދުވާ ފުއްލާ އާއިލާގެ އެފްރިކާގައި އުޅޭ ޖަނަވާރެއް. ޟަބްޔު.

antenatal

އެންޓިނޭޓްލް (ނއ) ވިހެއުމުގެ ކުރިން.

antenna

އެންޓެނާ (ނ) ބައެއް ހައިވާނު ތަކުގައި އިޙްސާސް ކުރުމަށް ހުންނަ ނަރުކޮޅެއްފަދަ ގުނަވަނެއް (ގިނަ ހަފައިލީ ހައިވާނުތަކުގައި މީގެ ދެ އެތި ހުރެއެވެ)؛ ޒުބާނާ. އެމެރިކާގެ ބަހުރުވައިން އޭރިއަލް.

antepenultimate

އެންޓިޕިނަލްޓިމޭޓް (ނއ) ފަހުދޭތީގެ ކުރިން އޮންނަ އެތި (މ. ލިސްޓެއްގެ).

anterior

އެންޓީރިއަރ (ނއ) ވަގުތު ނުވަތަ ޖަގަހައިގެ ނިސްބަތުން ކުރިން އަންނަ.

ante-room

އެންޓި-ރޫމް (ނ) މުހިއްމު ކޮޓަރިއަކަށް ވަނުމުގެ ކުރިން ވަދެވޭ ކޮޓަރި.

anthem

އެންތަމް (ނ) ކާފިރުންގެ އިޙްތިފާލްތަކުގައި ކިޔާ ކުރު ލަވައެއް. national anthem ޤައުމީ ސަލާމް.

anther

އެންތަރ (ނ) މަލެއްގެ ކަރުގަނޑުގައި ފިރިހެން ކަރުދާ ހިމެނޭ ކުރާތައް. މިޢުބަރު.

anthill

އެންޓްހިލް (ނ) ހިނި ޖަހާފައި ހުންނަ ފަސްފުނި.

anthology

އެންތޮލޮޖީ (ނ) އެއްކުރެވިފައިވާ އަދަބީ ޅެން ނުވަތަ ވާހަކަ. anthologize އެންތޮލޮޖީއެއްގައި ހިމެނުން. anthologist އެންތޮލޮޖީއެއް އެކުލަވާލާ މީހާ.

anthracite

އެންތްރެސައިޓް (ނ) ބޯޓުދެލީގެ ބާވަތެއް؛ މި ބާވަތް އަދަނީ ވަރަށް މަދު ދުމާ އަދި ހުޅާ އެކުއެވެ.

anthrax

އެންތްރެކްސް (ނ) ކަންބަޅިއާއި ގެރިއަށް ޖެހޭ ބައްޔެއް. މި ބަލި މީހުންނަށް ވެސް ޖެހިދާނެއެވެ.

anthropoid

އެންތްރޮޕޮއިޑް (ނއ) އިންސާނެއްގެ ވައްތަރު ޖަހާ. (ނ) މިފަދަ އެއްޗެއް.

anthropology

އެންތްރޮޕޮލޮޖީ (ނ) އިންސާނުންގެ އާދަކާދަތަކާއި އުފެދުމާއި އަޤީދާތަކާއި ތަރައްޤީ އާ ބެހޭ ޢިލްމް. antropologist (ނ) މިކަމުގެ ޢިލްމްވެރިޔާ. anthropological (ނއ) ، anthropologically (ކއ).

anthropomorphic

އެންތްރޮޕޮމޯރފިކް (ނއ) ކަލާނގެއަށް ނުވަތަ ޖަނަވާރަކަށް ނުވަތަ އެހެންވެސް އެއްޗަކަށް އިންސާނެއްގެ ސިފަ ނިސްބަތްކޮށް. anthropomorphism

anti

އެންޓި (ނ) ވަކި ސިޔާސަތަކަށް ނުވަތަ އެހެން ވެސް ޚިޔާލަކަށް އިދިކޮޅު މީހާ.

anti-

އެންޓި (ޕްރިފިކްސް) އިދިކޮޅަށް؛ ހުއްޓުވުމަށް؛ އަސަރު ކުޑަކުރުމަށް؛ އިދި؛

anti-aircraft

އެންޓި-އެއަރކްރާފްޓް (ނއ) ޢަދުއްވުންގެ މަތިންދާ ބޯޓާ އިދިކޮޅަށް.

antibiotic

އެންޓިބައިއޮޓިކް (ނ) ބެކްޓީރިއާ (ޖަރާސީމު) ގިނަވުން ހުއްޓުވާ ނުވަތަ މަރާލާ އެއްޗެއް.

antibody

އެންޓިބޮޑީ (ނ) ހަށިގަނޑުގެ ތެރެއަށް ވަންނަ ގެއްލުންދޭ ބައެއް ކެމިކަލް ނުވަތަ ޖަރާސީމާ އިދިކޮޅަށް އުފެދޭ ޕްރޮޓީން އެއް. މި ޕްރޮޓީން އެ އެއްޗެއް ފަހުން ހަލާކު ކޮށްލައެވެ.

antic

އެންޓިކް (ނ) މީހުން މުނިފޫހި ފިލުވުމަށް ގެންނަ ހެއްވާ ޙަރަކާތްތައް. ސޭކު ނުވަތަ މޮޔަ ޙަރަކާތްތައް.

anticipate

އެންޓިސިޕޭޓް (ކ) 1. ކަމެއް ވުމުގެ ކުރިން އެކަމަކަށް ފިޔަވަޅު އެޅުން؛ ރަނގަޅު ވަގުތު ޖެހުމުގެ ކުރިން ބޭނުން ކުރުން. 2. އެހެންމީހަކަށް ފުރުޞަޠު ލިބުމުގެ ކުރިން ބޭނުންކުރުން. 3. ކުރަންވީ ކަންތައް ކުރިން ވިސްނައި އެކަމާ އަޅާލަން ޖެހޭ ވަގުތުގެ ކުރިން އަޅާލުން. 4. އުއްމީދު ކުރުން.. anticipation (ނ)،anticipatory (ނއ).

anticlimax

އެންޓިކްލައިމެކްސް (ނ) ނާއުއްމީދުވާ ފަދަ ނިމުމެއް ނުވަތަ ނަތީޖާއެއް ނުވަތަ ކްލައިމެކްސް އެއް.

anticlockwise

އެންޓިކްލޮކްވައިސް (ކއ، ނއ) ވަށް ބުރަކަށް ކަނާތުން ވާތަށް އެނބުރޭ (ބުރުގެ މެދުން ބެލުމުން ފެންނައިރު).

anticyclone

އެންޓިސައިކްލޯން (ނ) މޫސުން ރަނގަޅު ސަރަޙައްދެއް. މިހެން ދިމާވަނީ މިސަރަޙައްދުގެ ވައިގެ ފިއްތުން ބޮޑުވުމުންނެވެ. ވައި ޖެހޭނީ މިސަރަޙައްދުން ދުރަށެވެ.

antidepressant

އެންޓިޑިޕްރެސަންޓް (ނ) ނަފްސާނީ ހިތްދަތިކަން ކަނޑުވާ ޑޮކްޓަރީ ބޭސް.

antidote

އެންޓިޑޯޓް (ނ) 1. ބައްޔެއް ނުވަތަ ވިހައެއްގެ ބާރުކަނޑުވާ ބޭސް، ވިހަމަތަ 2. ނޭދެވޭ ކޮންމެ ކަމެއް މައިތިރިކުރާ އެއްޗެއް.

antifreeze

އެންޓިފްރީޒް (ނ) ފެން ގަނޑުވާ ހޫނުމިން ދަށްކުރުމަށް ފެނަށް އަޅާ އެއްޗެއް. މިއެޅުމުން ފެން ގަނޑުވާނީ ވަރަށް ފިނިވީމައެވެ.

antihistamine

އެންޓިހިސްޓެމީން (ނ) ހިސްޓެމީންގެ އަސަރު ކުޑަކުރުވާ އެއްޗެއް. މި ބޭނުންކުރަނީ ބައެއް ކަހަލަ އެއްޗިހި ހަށިގަނޑާއި ނުގުޅުން އުފެދޭ އަސަރު (މ. ފިތްނެގުން) ކުޑަކުރުމަށެވެ.

antiknock

އެންޓިނޮކް (ނއ) ބައެއް އިންޖީނު ހިނގާއިރު އެއްޗެއް ގޮވާގޮތަށް އިވޭ އަޑަށް ނިސްބަތްވާ. (ނ) މިކަން ކުޑަކުރުމަށް ތެލަށް އަޅާ މާއްދާއެއް.

antimacassar

އެންޓިމެކާސަރ (ނ) ގޮނޑިގޮނޑީގެ އަތާއި ބޯޖެހޭތަން ހަޑިވެދާނެތީ އަޅާ/ލައްވާ އުރައެއް.

antimony

އެންޓިމަނީ (ނ) ރިހިކުލައިގެ މުރަނަ މަޢުދަނެއް.

antipathy

އެންޓިޕަތީ (ނ) ފުން ދުވަސްވީ ނަފުރަތެއް؛ މި ނަފުރަތު ނިސްބަތްވާ ފަރާތް.

antiperspirant

އެންޓިޕާރސްޕިރަންޓް (ނ) ދާހިތްލުން ކުޑަކުރުވަން އުގުޅާ ނުވަތަ ބުރުއްސާ ދިޔައެއް.

antiphon

އެންޓިފޮން (ނ) ލަވަކިޔާ އެއްގުރޫޕެއް ލަވައެއް ކީމާ، އެހެންގުރޫޕަކުން އިޖާބަ ދިނުމުގެ ގޮތުން ކިޔާ ލަވަ. މި ކަން ކުރަނީ ކާފިރު ދީނީ އިޙްތިފާލު ތަކުގައެވެ. antiphonal (ނއ).

antipodes

އެންޓިޕޮޑީޒް (ނ) ދުނިޔޭގެ އެއް ސަރޙައްދާއި ސީދާ އިދިކޮޅަށް އަނެއް ފަރާތުގައިވާ ސަރަޙައްދު. މިސާލަކަށް ސީދަލަށް މާލޭގެ އެތެރެއަށް ވަރަށް ދިގު ޚިޔާލީ ދަނގަޑެއް ޖެހީމާ ދުނިޔެ ފޫ އަޅުވާލާފާ ދުނިޔޭގެ އަނެއްފަރާތުން ނުކުންނާނޭ ތަން؛ ސީދާ އިދިކޮޅު ފަރާތެއް ނުވަތަ ކަމެއް antipodean (ނއ).

antiquary

antiquarian (ނއ). އެންޓިކްވެރީ (ނ) ޤަދީމީ އާސާރީ ތަކެތި (މ. ޒަމާންވީ ފަރުނީޗަރު) އެއްކުރާ މީހާ.

antiquated

އެންޓިކްވޭޓިޑް (ނއ) ދުވަސްވެ ފެޝަނުން ބޭރުވެފައިވާ؛ ޤަދީމީ؛ އާސާރީ.

antique

އެންޓީކް (ނއ) އިހު ޒަމާނުގެ ފޭޑިއަށް ފެތޭ؛ ކުރީ ޒަމާނުގެ. (ނ) އިހުޒަމާނުގެ ތަކެތި (މ. ފަރުނީޗަރު، ކަންވާރު) .(ކ) ކުރީޒަމާނުގެ ތަކެތީގެ ސިފަ ޖެއްސުން؛ ދުވަސްވީކަމަށް ދައްކާގޮތް ހެދުން.

antiquity

އެންޓިކްވިޓީ (ނ) އިހު ޒަމާން؛ ކުރީ ޒަމާނަށް، ޤަދީމީ ޒަމާނަށް ނިސްބަތްވާ ތަކެތި.

antirrhinum

އެންޓިރީނަމް (ނ) ދިގު ތަނޑިއެއްގައި އެތައް މަލެއް ފޮޅޭ ބަގީޗާގައި ހައްދާ މައު ގަހެއް.

anti-semitic

އެންޓި-ސެމިޓިކް (ނއ) ޔަހޫދީންނަށް ނަފްރަތު ކުރާ. anti-semitism (ނ).

antiseptic

ެއެންޓިސެޕްޓިކް (ނއ) ޖަރާސީމު މަރާ؛ ޖަރާސީމު ނޫޅޭވަރަށް ސާފުކުރެވިފައިވާ. (ނ) ޖަރާސީމު މަރާ ބޭހެއް ނުވަތަ ދިޔައެއް. (ކއ) antiseptically

antisocial

އެންޓިސޯޝްލް (ނއ) އިޖްތިމާޢީ ގުޅުންތަކާއި ކަންތައްތަކަށް ނަފުރަތު ކުރާ؛ އެހެންމީހުން ބޭނުން ކުރަން ހުންނަ ފަސޭހަތަކަށް ޖެއްސުން ކުރާ؛ އެހެންމީހުންނާއި ރައްޓެހި ނޫން؛ އަމިއްލައަށް އެކަނި އުޅޭހިތްވާ. antisocially (ކއ).

antistatic

އެންޓިސްޓޭޓިކް (ނއ) ސްޓޭޓިކް އިލެކްޓްރިސިޓީގެ އަސަރުތައް ނެތި ނުވަތަ މަތަ ކުރާ.

antithesis

އެންޓިތެސިސް (ނ) ކަމެއްގެ ނުވަތަ އެއްޗެއްގެ ދިމާ އިދިކޮޅު (މ. މިނިވަންކަމާއި އަޅުވެތިކަން). ޖުމްލައެއްގައި ހިމަނާ ލަފުޒުތަކާއި އެ ލަފުޒުތައް އަތުރާ ގޮތުން އިދި ޚިޔާލުތަށް އަޅާކިޔޭގޮތަށް ރޭވުން. antithetical (ނއ) ،antithetically (ކއ).

antitoxin

އެންޓިޓޮކްސިން (ނ) ވިހައެއް ނުވަތަ ޒަހަރެއްގެ އަސަރު ނައްތާލާ އެއްޗެތި؛ ވިހަމަތަ antitoxic (ނއ).

antivivisectionist

އެންޓިވިވިސެކްޝަނިސްޓް (ނ) ސައިންސްގެ ތަޙްލީލުތަކުގައި ދިރިހުރި ހައިވާނުތައް ބޭނުންކުރުމަށް އިދިކޮޅު ހަދާ މީހާ.

antler

އެންޓްލަރ (ނ) ހައިވާނުތަކުގެ ކަފިވެފައި ހުންނަ (ޚާއްޞަކޮށް ފުއްލާގެ) ދަޅު.

antonym

އެންޓެނިމް (ނ) ލަފުޒެއްގެ އިދިކޮޅު މާނަ އެކުލެވޭ ލަފުޒު؛ އިދިލަފުޒު

anus

އޭނަސް (ނ) ބޮޑުކަމުދާ ދޮރު؛ ޝަރަޖު.

anvil

އެންވިލް (ނ) ތިލޭރުކަން ކުރާމީހުން އެއްޗެއްގައި މަރުތޭލުން ތަޅާއިރު އަޑީގައި އޮންނަ ދަގަނޑުގަޑު؛ ސަންދާނު.

anxious

އޭންކްޝަސް (ނއ) 1. ހިތް ނުތަނަވަސް ވެފައިވާ. 2. ފިކުރު ބޮޑުވެފައިވާ. 3. ކަމެއް ވަރަށް ބޮޑަށް ކުރާހިތްވެފައިވާ.

anxiety

އޭންކްޒަޔަޓީ (ނ) ހިތް ނުތަނަވަސްވާ ޝުޢޫރު؛ މިފަދަ ނުތަވަސްކަމެއް ގެނެސްދޭ ކަން ނުވަތަ އެތި.

any

އެނީ (ނއ) 1. ތިނެތިން ނުވަތަ އެއަށް ވުރެ ގިނަ ތަކެތިން ކުރެ ކޮންމެވެސް އެކައްޗެއް. 2. ކޮންމެ؛ ޚިޔާރުކުރާ ކޮންމެ އެއްޗެއް. 3. ގިނަ ވަގުތެއް ވަންދެން. (ޕ) ކޮންމެވެސް މީހެއް ނުވަތަ އެއްޗެއް.

anybody

އެނީބޮޑީ (ނ، ޕ) ކޮންމެވެސް މީހެއް؛ މުހިއްމު މީހެއް. anybody’s guess އެއްވެސް މީހަކަށް އެކަމަކާ ޔަޤީން ކަމެއްނެތް އެއްޗެއް ނުވަތަ ކަމެއް.

anyhow

އެނީހައޮ (ކއ) ކޮންމެހެނެއް ވިއަސް؛ ކޮންމެ ގޮތަކުން ވިއަސް؛ އެއްވެސް ތަރުތީބަކުން ނޫން.

anymore

އެނީމޯރ (ކއ) ރަސްމީ އިނގިރޭސީގައި އެނީމޯރ ލިޔާނީ ދެ ލަފުޒެއްގެ ގޮތުގައެވެ. އެމެރިކާގައި މި ލަފުޒުގެ މާނައަކީ ”މިއަށް ވުރެ ބޮޑަކަށް ނުވަތަ ކުރިއަކަށް ނުވަތަ އިތުރަށް“

anyone

އެނީވަން (ނ، ޕ) އެނީބޮޑީ. anybody

anything

އެނީތިންގ (ނ، ޕ) ކޮންމެވެސް އެކައްޗެއް؛ ކޮންމެ އެއްޗެއް ވެސް

anyway

އެނީވޭ (ކއ) ކޮންމެ ގޮތެއްވިއަސް؛ ކޮންމެ މަގަކުން ނަމަވެސް

anywhere

އެނީވެއަރ (ނ) ކޮންމެވެސް ތަނެއް؛ ކޮންމެ ތަނެއްވެސް

aorta

އޭއޯރޓާ (ނ) ހިތުގެ ވާތްފަރާތުން ލޭ ގެންދާ ފަލަ ހޮޅި. އަބުހަރު. މިހޮޅިއަކީ ހުރިހާ ސާފު ލެޔެއް ހަށިގަނޑުގެ އެކި ތަންތަނަށް ފޮނުވާ ހޮޅިތަކުގެ ބުޑެވެ.

apace

އެޕޭސް (ކއ) އަވަހަށް؛ ހަލުއިކޮށް.

Apache

އަޕާޗި (ނ) އެމެރިކާގެ އަސްލު އަހުވެރިންގެ ތެރެއިން ހުޅަނގު ދެކުނު ފަރާތުގެ ޤަބީލާގެ ބައެއް.

apart

އެޕާރޓް (ކއ) އެއްފަރާތަކުން؛ ވަކިން؛ ދުރުގައި؛ ބައިބައިވެގެން.

apartheid

އެޕާރޓްހައިޓް (ނ) ދެކުނު އެފްރިކާގައި ގެންގުޅުނު ޔޫރަޕުގެ މީހުންނާއި އެހެނިހެން މީހުން ވަކިން ތަފާތުކޮށް ކަންތައްތައް ކުރުމުގެ ސިޔާސަތު.

apartment

އެޕާރޓްމަންޓް (ނ) ކޮޓަރިތަކެއް؛ އެމެރިކާ ބަހުރުވައިން ފްލެޓް.

apathy

އެޕަތީ (ނ) ކަމަކާ ދޭތެރޭ ޝައުޤުވެރިކަން ނުވަތަ އަޅާލުން ނެތްކަން.

ape

އޭޕް (ނ) ސިފައިގެ ގޮތުން އިންސާނުންނާ އެންމެ ގާތް ރާމާމަކުނު: ގޮރިއްލާ؛ ޗިމްޕެންޒީ، އޮރާން އުޓާން؛ ގިބަން. ޤިރްދު. (ކ) އުޅުން ކޮޕީކުރުން؛ ސިފަ ކޮޕީކުރުން.

aperient

އެޕީރިއަންޓް (ނއ) ޖުއްލާބު؛ ބަނޑު ދިޔާކުރާ. މުލައްޔިނު

aperitif

އަޕަރަޓީފް (ނ) ކެއުމުގެ ކުރިން ބޮއެ އުޅޭ ބަނގުރާ.

aperture

އެޕަރޗަރ (ނ) (ޚާއްޞަކޮށް އަލި ވައްދާ) ލޯވަޅެއް. ފުތުޙާ

apex

އޭޕެކްސް (ނ) އެއްޗެއްގެ ކުރި؛ ތޫނު ކޮށްފައިވާ ކޮޅު؛ ޤިއްމާ.

aphid

އޭފިޑް (ނ) ގަސްގަހުގައި އަޅާ އުދުހޭ މެއްސެއް. މިފެހި ކުލައިގައި ނުވަތަ ކަޅުކުލައިގައި ވެސް ތިބެއެވެ. އަރުޤަ.

aphis

އޭފިސް (ނ) އޭފިޑްއެއް.

aphorism

އެފަރިޒަމް (ނ) ކުރު ހިކްމަތްތެރި ބަހެއް ނުވަތަ ބުނުމެއް.

aphrodisiac

އެފްރޮޑިޒީއެކް (ނ) ޖިންސީ އެދުން ވެރިކަން އުފައްދާ. މިފަދަ ބޭހެއް ނުވަތަ އެއްޗެއް.

apiary

އޭޕިއަރީ (ނ) މާމުއި ކުޅަދުރު ގެންގުޅޭ ތަން. މަންހަލަ.

apiece

އެޕީސް (ކއ) ކޮންމެ މީހަކަށް ނުވަތަ އެއްޗަކަށް؛ ގުރޫޕެއްގެ ކޮންމެ މީހެއްގެ ނުވަތަ އެއްޗެއްގެ ފަރާތުން ނުވަތަ ފަރާތަށް.

aplomb

އެޕްލޮމް (ނ) ޖާހާއި ޔަޤީންކަން.

apocalypse

އެޕޮކެލިޕްސް (ނ) ބަދަލުކޮށްފައިވާ އިންޖީލުގައިވާ ދުނިޔޭގެ ނިމުމާއި ބެހޭ ބާބު.

apocalyptic

އެޕޮކެލިޕްޓިކް (ނ) ވާން ހުންނަ ބޮޑެތި ކަންތައްތައް ކުރިން ބުނެދޭ.

apocrypha

އެޕޮކްރިފާ (ނ) އިންޖީލުގައިވާ ޔަހޫދީން ޤަބޫލު ނުކުރާ ބައި.

apocryphal

އެޕޮކްރިފަލް (ނ) ޙަޤީޤަތާއި ޚިލާފު؛ ދޮގު.

apogee

އެޕަޖީ (ނ) ހަނދު ނުވަތަ އެހެންވެސް ފަލަކީ އެއްޗެއްގެ ދައުރުވުމުގައި އެ ބިމާއި އެންމެ ދުރުވާ މަޤާމް. އެންމެ އުސް ނުވަތަ ދުރު ތަން.

apologetic

އެޕޮލޮޖެޓިކް (ނ) މަޢާފަށް އެދޭ؛ ތަބްރީރީ. (ކއ(

apologist

އެޕޮލޮޖިސްޓް (ނ) ދަޢުވާއެއް ނުވަތަ ހުށަހެޅުމެއް ދިފާޢުކޮށް ނުވަތަ އެއްކޮޅަށް ސަބަބު ދައްކައިން ވާހަކަ ދައްކާ ނުވަތަ ލިޔާ މީހާ.

apologize

އެޕޮލޮޖައިޒް (ކ) މަޢާފަށް އެދުން.

apology

އެޕޮލޮޖީ (ނ) 1. މީހެއްގެ އިޙްސާސްތަކަށް ދެރަކޮށް ހިތައިގެން ނުވަތަ ނުބައިކޮށް ކަމެއް ކޮށްގެން މަޢާފަށް އެދޭ އެދުން. 2. މީހެއްގެ އިޢްތިޤާދުގެ ދިފާޢުގައި ނުވަތަ އެއްކޮޅަށް ދައްކާ ވާހަކަ. 3. އެއްޗެއްގެ ވަރަށް ދެރަ މިންވަރެއް.

apoplexy

އެޕޮޕްލެކްސީ (ނ) ސިކުނޑީގެ ނާރެއް ފަޅައިގެން ދިއުމުގެ ސަބަބުން ނުވަތަ ބަންދުވުމުގެ ސަބަބުން ކުއްލިއަކަށް އިޙްސާސް ވުމުގެ ޙިއްސު ގެއްލުން ނުވަތަ ހަރަކާތް ކުރުން ހުއްޓުން.

apoplectic

އެޕޮޕްލެކްޓިކް (ނ) އެޕޮޕްލެކްސީ ޖެހިފައިވާ؛ މުޅި މޫނު ކުއްލިއަަކަށް ރަތްވެ ރުޅި އަވަހަށް އަންނަ. (ކއ).apoplectically

apostle

އެޕޮސްލް (ނ) ރަސޫލް؛ ޙަވާރީ. ޢީސާގެފާނު ދީން އުނގަންނައިދެން ދަސްކޮށްދެއްވި ބޭކަލުން. ކޮންމެވެސް އައުކަމެއްގެ މުދައްރިސް ނުވަތަ އިސްނަގާ މީހާ.

apostolic

އެޕޮސްޓޮލިކް (ނއ) ޙަވާރީން ނުވަތަ އެމީހުން އުނގަންނައިދޭ ތަކެއްޗާ ބެހޭ.

apostrophe

އެޕޯސްޓްރޮފި (ނ) 1. ބައެއް ބަސް ނުވަތަ އަކުރު ވައްޓާލައިފައިވާކަން ރަމްޒު ކުރަން ބޭނުން ކުރާ ‘ މި ނިޝާން. ބައެއް ލަފުޒު ލިޔާއިރު އޭގެ ޕޮސެސިވް ކޭސް ނުވަތަ އަމިއްލަވާކަން ލިޔުމަށް ބޭނުން ކުރާ ނިޝާން (މ. can’t,  cannot, ’25,  2025) boy’s book މި ނިޝާން އެއްޗެއް ގިނަވުމުން އެކަން ރަމްޒުކުރަންވެސް ބޭނުން ކުރެއެވެ. There are two l’s in bell. 2. ދައްކާ ވާހަކައެއް ނުވަތަ ޅެމެއްގައި ނެތްމީހަކަށް އަމާޒުކޮށް ހިމަނާ ބައި. apostrophize އެޕޯސްޓްރޮފައިޒް (ކ) މިގޮތަށް ވާހަކައެއް ނުވަތަ ޅެމެއްގައި ހިމެނުން.

apothecary

އެޕޯތެކެރީ (ނ) ޑަކްޓަރީ ބޭސް ތައްޔާރުކޮށް ވިއްކާ މީހާ.

appall

އެޕޯލް (ކ) ބިރުވެރިކަން ނުވަތަ މާޔޫސްކަމުން ހިތްފުރުން؛ ވަރަށް ބޮޑަށް ސިހުން. appalling (އެޕޯލިން) ސިހޭފަދަ؛ ހިތްހަމަނުޖެހޭ.

apparatus

އެޕެރޭޓަސް (ނ) ކަމެއް ކުރުމަށް (ޚާއްޞަކޮށް ސައިންސްގެ ތަޙުލީލުތަކާއި ތަޖުރިބާތަކަށް) ބޭނުންކުރާ އާލަތްތައް. ޖިމްނާސްޓިކް ސާމާނު. ހަށިގަނޑުގެ ވަކި ނިޒާމެއްގެ ގުނަވަންތައް.

apparel

އެޕަރަލް (ނ) ހެދުން؛ އަންނައުނު.

apparent

އެޕެރަންޓް (ނއ) ސާފުކޮށް ފެންނަ ނުވަތަ ދޭހަވާ؛ ޔަޤީންކަމެއް ނެތި ހީވާގޮތް. (ކއ).apparently

apparition

އެޕެރިޝަން (ނ) ފައިދާވާ ނުވަތަ ފެންނަ އެއްޗެއް (މ. ޖިންނިއެއް، ރޫޙެއް). މި ލަފުޒު ބޭނުންކުރަނީ އާދަޔާ ޚިލާފު ގޮތަކަށް ފެންނަ ތަކެއްޗަށެވެ.

appeal

އެޕީލް (ކ) 1. ވަރަށް ބޮޑަށް ކަމަކަށް އެދުން؛ އާދޭސް ކުރުން؛ އިލްތިމާސް ކުރުން؛ ޙާކިމެއް ފަދަ މީހެއްގެ ކައިރިއަށް ކަމަކާ މެދު ގޮތެއް ނިންމުމަށް ދިއުން ނުވަތަ އެދުން (މ. އަމްޕަޔަރެއްގެ ކައިރީގައި). މިގޮތަށް އެދެނީ ތިމާ ހުށަހަޅާ ގޮތް ކަށަވަރުކޮށް ދިނުމަށް، ޚިޔާލެއް ދިނުމަށެވެ. 2. މަތީ ފެންވަރުގެ ފަރާތަކަށް ކަމެއް ނިމިފައިވާ ގޮތް އަލުން ބަލައިދިނުމަށް އެދުން؛ އިސްތިޢުނާފަށް ހުށަހެޅުން. 3. ހިތްހަމަޖެހޭ ފަދަ.

(ނ) އިލްތިމާސް ނުވަތަ އިސްތިޢުނާފު؛ ޖާދުވީ؛ ދެމުމުގެ ބާރު؛ ހިތްގައިމުކަން؛ ޢާއްމުންގެ އެހީއަށް އެދުން.

appear

އެޕިއަރ (ކ) 1. ފެނުން. 2. ރަސްމީގޮތަކަށް ޢާއްމުންގެ ތެރައަށް ނުކުތުން. 3. ކޯޓެއްގައި ވަކާލާތު ކުރުމަށް ދިއުން. 4. ޝާޢިޢު ކުރުން. 5. ވަކި ގޮތަކަށް ހީވުން.

appearance

އެޕިއަރަންސް (ނ) 1. ކަޝްފުވާ؛ ފެންނަ. 2. އެއްޗެއް ވާކަމުގެ ބޭރުފުށުގެ ރަމްޒެއް ނުވަތަ ނިޝާނެއް؛ މ. ފައިސާވެރިކަމުގެ އެޕިއަރެންސެއް.

appease

އެޕީސް (ކ) އެދޭކަންތައްތައް ކޮށްދީގެން މަސަލަސް ކުރުން ނުވަތަ ހަމަހިމޭންކަން ގެނައުން ނުވަތަ ނުރުހުންތެރިކަން ނޫނީ ރުޅި މަޑު ކުރުން. (ނ.) appeasement

appellant

އެޕެލަންޓް (ނ) މަތީ ކޯޓަކަށް މައްސަލައެއް ހުށަހަޅާމީހާ. އިސްތިޢުނާފަށް މައްސަލަައެއް ހުށަހަޅާ ފަރާތް.

appellation

އެޕެލޭޝަން (ނ) ނަން ކިއުން؛ ނަން ނުވަތަ ލަގަބު.

append

އެޕެންޑް (ކ) ނިމޭކޮޅަށް އެއްކުރުން؛ އެއްޗެއްގެ ފަހުކޮޅަށް އިތުރުކުރުން ނުވަތަ ގުޅުވުން.

appendage

އެޕެންޑިޖް (ނ) ނިމޭކޮޅަށް އެއްކޮށްފައިވާ ނުވަތަ ހަރުކޮށްފައިވާ އެއެއްޗަށްވުރެ ދެރަ ނުވަތަ މުހިއްމުނޫން އެތި ނުވަތަ ބައި.

appendix

އެޕެންޑިކްސް (ނ) 1. ފަތެއްގެ ނުވަތަ ފޮތެއްގެ ނިމޭކޮޅުގައި ހިމަނާފައިވާ އިތުރު މަޢުލޫމާތު. 2. ގޮހޮރާ ގުޅިފައިވާ ކުރު އެއްކޮޅު  ބެއްދިފައިވާ ހޮޅިއެއް. ގިނަވުމުން ކިޔާނީ އެޕެންޑިސިޒް appendices.

appendicitis

އެޕެންޑިސައިޓިސް (ނ) ޒާއިދާ ނުވަތަ އެޕެންޑިކްސް އޭ ކިޔާ ހޮޅި ދުޅަވުން.

appertain

އެޕަރޓޭން (ކ) އެއްޗަކާ ގުޅޭ ގުޅުން. މިސާލަކަށް މައްސަލައަކާ މަޢުލޫމާތެއް ގުޅުން.

appetite

އެޕިޓައިޓް (ނ) ޚާއްޞަކޮށް ކެއުމަށް ހުންނަ ޖިސްމާނީ އެދުން؛ ކަމަކަށް މިސާލަކަށް މަޤާމަކަށް ނުވަތަ ބާރުވެރިވާން ހުންނަ އެދުންވެރިކަން.

appetizer

އެޕިޓައިޒަރ (ނ) ކާން ފެށުމުގެ ކުރިން ކާހިތް ޖެއްސުމަށް ބޯ ނުވަތަ ކާ އެއްޗެއް.

appetizing

އެޕިޓައިޒިންގ (ނއ) ކާހިތް ޖައްސާ (މ. ވަސް). (ކއ). appetizingly

applaud

އެޕްލޯޑް (ކ) އަތްތިލަބަޑި ޖަހައިގެން ކަމަކަށް ރުހޭކަން ހާމަކުރުން. ކަމަކަށް ތަރުޙީބު ދިނުން (މިސާލަކަށް ނިންމި ގޮތަކަށް).

applause

އެޕްލޯސް (ނ) ހޫނު ތަރުޙީބު؛ އަތްތިލަބަޑި ޖެހުން؛ އިސްތިހްސާން ކުރުން.

apple

އެޕްލް (ނ) ހުހާ ކާން ނުވަތަ ޖޫސް ގިރަން ބޭނުންކުރާ  ވަށް މޭވާއެއް. ތުއްފާހާ. އާފަލު.

appliance

އެޕްލަޔަންސް (ނ) އާލަތެއް ނުވަތަ ކަމެއް ކުރާ މަޞްނޫޢީ އެއްޗެއް

applicable

އެޕްލިކަބްލް (ނއ) ކަމަކަށް އެކަށީގެންވާ؛ ކަމަކަށް ބޭނުންކުރެވޭ. (ނ). applicability

applicant

އެޕްލިކަންޓް (ނ) ކަމަކަށް އެދޭ ފަރާތް ޚާއްޞަކޮށް ވަޒީފާއަކަށް.

application

އެޕްލިކޭޝަން (ނ) 1. އެއްޗެއް އަނެއް އެތީގައި އުނގުޅާ އުނގުޅުން، މިސާލަކަށް ބޭހެއް ކަށިމަތީގައި އުނގުޅުން؛ މިގޮތަށް އުނގުޅާ އެތި؛ 2. ކަމަކަށް ރަސްމީ ގޮތުން އެދުން؛ މިގޮތަށް އެދޭ އެދުން. 3. އެއްޗެއް ތަންފީޒުކުރުން މިސާލަކަށް ޤާނޫނެއް ގަވާއިދެއް ފަދަ އެއްޗެއް މައްސަލައެއް ހައްލުކުރުމަށް ބޭނުން ކުރުން؛ އެއްޗެއް ވަކި ކަމަކަށް ބޭނުން ކުރުން. 4. މީހަކު ކަމެއް ކުރުމަށް އުޅޭ މިންވަރު.

applicator

އެޕްލިކޭޓަރ (ނ) އެއްޗެއް އުނގުޅުމަށް ނުވަތަ ބޭނުން ކުރުމަށް ގެންގުޅޭ އާލަތެއް.

applied

އެޕްލައިޑް (ނއ) ޢަމަލީ ކަންކަމުގައި  ބޭނުން ކުރާ؛ މިސާލަކަށް އެޕްލައިޑް ސައިންސަކީ އަމަލީ ކަންކަމުގައި  ބޭނުންކުރާ ސައިންސް

applique

އެޕްލީކޭ (ނ) ފޮތި ގަނޑެއް ރީތިކުރުމަށް އޭގައި ފަހައިގެން ހަރުކުރާ ފޮތިކޮޅު. މިކަން ކުރުމާބެހޭ ތިނޯހުގެ މަސައްކަތް. (ކ) ފޮތިގަނޑެއް ނުވަތަ ހެދުމެއް މިގޮތަށް ޖަރީ ކުރުން.

apply

އެޕްލައި (ކ) 1. އެއްޗެއް އެހެން އެއްޗެއްގައި އުނގުޅުން ނުވަތަ ޖެއްސުން؛ އެއްޗެއްގެ މަތީގައި އަނެއް އެއްޗެއް އުނގުޅުން ނުވަތަ ލުން (މ. ބޭސް ނުވަތަ ދަވާދު)؛ 2. އެއްޗަކަށް އަމަލު ކުރުން ނުވަތަ ބޭނުން ކުރުން މިސާލަކަށް ވިޔަފާރި ސެންކްޝަން ޤައުމަކަށް އެޕްލައި ކުރުން؛ ނުވަތަ ޔަހޫދީން ސިފަކުރަން ޓެރަރިސްޓް މި ލަފުޒު އެޕްލައި ކުރުން؛ 3. އެއްޗެއް ތަންފީޒު ކުރުން ނުވަތަ ބޭނުން ކުރެވުން، މިސާލަކަށް ޤަވާޢިދުތަކެއް ބަޔަކަށް އެޕްލައި ކުރުން؛ 4. ރަސްމީ ގޮތުން ކަމަކަށް (މ. ވަޒިފާއަކަށް) އެދުން.

appoint

އެޕޮއިންޓް (ކ) ކަމެއް ކަޑައެޅުން؛ މިސާލަކަށް ޖަލްސާ ކުރާނެ ވަގުތެއް ކަނޑައެޅުން؛ ޢައްޔަނު ކުރުން (މ. ކޮމިޓީއަކަށް މީހުން، މަޤާމަކަށް މީހެއް.)

appointment

އެޕޮއިންޓްމަންޓް (ނ) ވަކި ވަގުތަކު ބައްދަލު ވުމަށް ވެވޭ އެއްބަސްވުން؛ މަޤާމަކަށް މީހަކު ހަމަޖައްސާ ހަމަޖެއްސުން

apportion

އެޕޯޝަން (ކ) އެކި ބައިބަޔަށް ބެހުން؛ ބައިބަޔަށް އެޅުން. apportionment (ނ)

apposite

އެޕޮޒިޓް (ނއ) ބުނާ އެއްޗެއް މަޤްޞަދު ނުވަތަ ހާލަތު ނުވަތަ މުނާސަބަތު އާ ގުޅުން. (ކއ) appositely (ނ) appositeness

apposition

އެޕޮޒިޝަން (ނ) 1. ޖެހިޖެހިގެން ބެހެއްޓުން. 2. ޢިބާރާތް ކުރާއިރު ލަފުޒެއްގެ މާނަ ނުވަތަ ސިފަކުރާ އެއްޗެއް އެ ލަފުޒާ ކައިރީގައި ލިޔުން. މިސާލަކަށް އަހުރެމެންގެ ރަސޫލާ، މުޙައްމަދު ޞ.ޢ.ޥ އަކީ . . .

appraise

އެޕްރެއިސް (ކ) އެއްޗެއްގެ ފެންވަރު ބެލުން ނުވަތަ އަގުކުރުން. (ނ) appraisal

appreciable

އެޕްރީޝަބްލް (ނއ) ފެންނަ ނުވަތަ އިޙްސާސް ކުރެވޭހާ ބޮޑު؛ ފާހަގަކުރެވޭ ހާ ބޮޑު. (ކއ) appreciably

appreciate

އެޕްރިޝިއޭޓް (ކ) 1. ބޮޑަށް އަގުވަޒަންކުރުން؛ ޝުކުރުވެރިވުން، ގަދަރު ކުރުން، ތަޢުރީފުކުރުން، 2. ކަމެއް ފިކުރީގޮތުން ކުރާހިތްވުން ނުވަތަ މަޖާވުން؛ މިސާލަކަށް އިހުގެ ދިވެހިރާއްޖޭގެ ތާރީޚް އެޕްރިޝިއޭޓް ކުރުން. 3. ދޭހަވުން ނުވަތަ އޮޅުން ފިލުން؛ މިސާލަކަށް މީހަކު މީހަކުދެކެ ނަފުރަތުކުރާ ސަބަބު އެޕްރިޝިއޭޓް ކުރުން. 3. އަގު މައްޗަށް އަރައިގެން ދިޔުން؛ މިސާލަކަށް ޙިއްޞާގެ އަގު. (ނ) appreciation (ނއ) appreciative

apprehend

އެޕްރިހެންޑް (ކ) 1. އަތުލައިގަތުން؛ ހައްޔަރު ކުރުން. 2. އެއްޗެއްގެ މާނަ ދޭހަވުން. 3. ކަމަކަށް ބިރުވެރިކަމާއި ނުތަނަވަސްކަމާއެކު އިންތިޒާރު ކުރުން. (ނ)

apprehension

އެޕްރިހެންޝަން (ނ) ބިރުވެރިކަމެއް ނުވަތަ ނުރައްކަލެއް ވެދާނެ ކަމަށް ކުރެވޭ ފިކުރު ނުވަތަ އިޙްސާސްތައް.

apprehensive

އެޕްރިހެންސިވް (ނއ) ނުތަނަވަސްކަން އިޙްސާސް ކުރެވޭ. (ކއ) apprehensively

apprentice

އެޕްރެންޓިސް (ނ) 1. ކަމެއް، މަސައްކަތެއް ދަންނަމީހެއްގެ އަތްދަށުން ދަސްކުރާ މީހާ. މިފަދަ މީހަކަށް ލިބޭ އުޖޫރަ މަދުވެފައި ވަކި މުއްދަތަކަށް އުޅެން ޖެހޭ ކަހަލަ އެއްބަސްވުމެއް އޮވެދާނެއެވެ. 2. ކަމަކަށް އައު މީހާ. 3. (ކ) މީހެއްގެ ކައިރިއަށް މަސައްކަތެއް ދަސްކުރަން ދިއުން. (ނ) apprenticeship

apprise

އެޕްރައިޒް (ކ) ރަސްމީ ގޮތުން އެންގުން.

appro

އެޕްރޯ (ނ) އެޕްރޫވަލް ކުރުކޮށް ކިޔާގޮތް، on appro – ހުއްދައާ އެކު؛ އިޒުނައާއެކު (ނުރަސްމީ ކަލިމައެއް)

approach

އެޕްރޯޗް (ކ) 1. ވަގުތަކާ ނުވަތަ ތަނަކާ ގާތްވުން. 2. ކަމެއް ކުރަން ފެށުން؛ މިސާލަކަށް މައްސަލައެއް ހައްލުކުރަން. 3. އެދުމަކާއިގެން ނުވަތަ ހުށަހެޅުމަކާއިގެން ދިޔުން؛ މިސާލަކަށް މީހެއްގެ ކައިރިއަށް. 4. އެހެންކަމަކާ ވައްތަރުވުން.

approach

އެޕްރޯޗް (ނ) 1. ގާތްވާ ގާތްވުން. 2. ތަނަކާއި ގާތްވާނޭ މަގު ނުވަތަ ގޮތް. 3. މަތިންދާބޯޓެއް ޖެއްސުމުގެ ކުރިން އުދުހޭ މިސްރާބު. 4. ކަމެއް ކުރާނޭ ގޮތް. 5. އަންދާޒާއެއް. .6 ޞުލްޙަ ޤާއިމް ކުރުމަށް ކުރެވޭ މަސައްކަތެއް.

approachable

އެޕްރޯޗަބްލް (ނއ) ފަސޭހައިން ގާތްވެވޭ؛ މީހުންނާ ފަސޭހައިން ވާހަކަ ދައްކާ ނުވަތަ ރައްޓެހިވާ. (ނ) approachability

approbation

އެޕްރޮބޭޝަން (ނ) ރުހުން؛ އިސްތިހުސާން؛ އިޒުނަ؛ ހުއްދަ.

appropriate

އެޕްރޯޕްރިއެޓް (ނއ) އެކަށީގެންވާ؛ ކުފޫހަމަވާ؛ މުނާސަބު، ކަމަކަށް ރަނގަޅު ނުވަތަ ފުދޭ. (ކއ) appropriately (ނ) appropriateness

appropriate

އެޕްރޯޕްރިއެޓް (ކ) 1. އެއްޗެއް ނަގާ އަމިއްލަ އެއްޗެއްގެ ގޮތުގައި ބޭނުން ކުރުން. 2. ވަކި ކަމަކަށް އެއްޗެއް (މ. ފައިސާ) ޚާއްޞަކޮށް އެއްކައިރިކުރުން/ރައްކާކުރުން. (ނ) appropriator ،appropriation

approval

އެޕްރޫވަލް (ނ) އެއްޗެއް ރަނގަޅުކަމަށް ބުނުން ނުވަތަ ދެއްކުން ނުވަތަ އިޙްސާސް ކުރެވުން. on approval މުދަލެއް ކަމުދާނަމަ ގަންނަގޮތަށް ފިހާރައަކުން މުދާ ނެގުން.

approval

އެޕްރޫވް (ކ) 1. ކަމެއް ނުވަތަ އެއްޗެއް ރަނގަޅުކަމަށް ބުނުން ނުވަތަ އިޙްސާސް ކުރެވުން. 2. އެއްބަސްވުން ނުވަތަ ތާޢީދު ކުރުން.

approximate

އެޕްރޮކްސިމޭޓް (ނއ) ގާތްގަޑަކަށް. ރަނގަޅު އެކަމަކު މުޅިއަކުން ރަނގަޅެއް ނޫން. އަޞްލާ ގާތް. (ކއ) approximately

approximate

އެޕްރޮކްސިމެޓް (ކ) އަންދާޒާކުރުން. ގާތްގަޑަކަށް އެއްވަރު ކުރުން. (ނ) approximation

appurtenance

އެޕާރޓިނަންސް (ނ) މުހިއްމު މަޤާމަކާ ނުވަތަ ވަޒީފާ އަކާ ގުޅިގެން ލިބޭ ކުޑަ ޙައްޤެއް ނުވަތަ ފަސޭހައެއް ނުވަތަ އެއްޗެއް.

Après ski

އެޕްރޭސްކީ (ނއ) ސްކީ ކުރުމަށްފަހު ހަވީރު/ރޭގަނޑުގެ ވަގުތަށް ކަމުދާ. މި އިރުވަރު؛ ސްކީ ރިޒޯޓްތަކުގައި ސްކީ ކުރުމަށްފަހު ރޭގަނޑު މުނިފޫހިފިލުވުމުގެ ގޮތުން ހިންގާ ޕްރޮގްރާމްތައް.

apricot

އެޕްރިކޮޓް (ނ) ޕީޗް ވައްތަރުގެ އޮށް ހުންނަ މޭވާއެއް. މުޝްމުޝް

April

އެޕްރިލް (ނ) މީލާދީ ސަނަތުގެ ހަތަރުވަނަ މަސް؛ އޭޕްރިލްއިން އެއްވަނަ ދުވަހު ހަދާ ދޮގުގައި ބެދޭ މީހާ.

apron

އެއިޕްރަން (ނ) 1. ކަމެއް ކުރާއިރު ހެދުމުގެ މަތިން ކުރިމައްޗަށް ހުންނަގޮތަށް އަންނަ ނުވަތަ ލާ ފޮތި ގަނޑެއް؛ މިޔުޒަރު 2. މަތިންދާ ބޯޓު ބަނދަރެއްގައި، މުދާއަރުވާ ބާލާ، ބޯޓު އަނބުރާ ހަދާ ހިސާބު.

apropos

އެޕްރޮޕޯ (ނއ، ކއ) ގުޅޭ (ދެކެވޭ ވާހަކަ އަކާ ނުވަތަ ކުރާ ކަމަކާ ގުޅޭ)؛ ވަކި ޙާލަތެއްގައި ރަނގަޅު.

apt

އެޕްޓް (ކއ) 1. ގުޅޭ؛ އެކަށީގެންވާ؛ ކުފޫހަމަވާ. 2. ކަމެއް ކުރާގޮތެއް ޠަބީޢަތުގައި ހުރުން. 3. ފަސޭހައިން ދަސްކުރާ؛ ހިތްއަލި؛(ކއ) aptly (ނ) aptness

aptitude

އެޕްޓިޓިއުޑް (ނ) ގުދުރަތީ ގޮތުން ލިބިފައިވާ ކުޅަދާނަކަން ނުވަތަ ހުނަރުވެރިކަން؛ މަހާރަތު. ލިޔާގަތު؛ ޤާބިލިއްޔަތު.

aqua

އެކުވާ (ނ) ޒުމައްރަދުގައި ހުންނަ (ފެހިނޫ) ވިލު ކުލަ.

aqualung

އެކްވާލަންގ (ނ) ފީނާމީހުން ގެންގުޅޭ ވައިއެޅި ފުޅިއަކާއި މޫނުމަތި.

aquamarine

އެކްވާމެރިން (ނ) ފެހިނޫ ކުލައިގެ ޖަވާހިރެއް؛ ޒުމައްރަދު؛ މީގެ ކުލަ.

aquaplane

އެކްވާޕްލޭން (ނ) ލާންޗެއްގެ ވަލުގައި ހިފަހައްޓައިގެން ދުއްވުމަށް އަރާ ފިލާގަނޑެއް؛ މިފަދަ ގޮތަކަށް ދުއްވުން؛ ފެންއޮތް މަގަކު ކައްސާލުން.

aquarium

އެކްވޭރިއަމް (ނ) މަސްގެންގުޅެން ނުވަތަ ފެނުގައި ނުވަތަ ލޮނުގައި ހެދޭ ގަސްގެންގުޅެން ހަދާފައި ހުންނަ ފެންގަނޑު ނުވަތަ ޓޭންކު. މިފަދަ ތަކެތި ހުންނަ ޢިމާރާތެއް ނުވަތަ ތަނެއް.

Aquarius

އެކްވޭރިއަސް (ނ) ބާރަ ރާހީގެ ތެރެއިން ރާއްސެއް. މިރާހީގައި ފެން އުފުލާ މީހަކު ހުންނަ ފަދަ ސިފައަކަށް ތަރިތައް އެތުރިފައި ހުންނަކަމަށް ހީކޮށް މިނަން ކިޔަނީއެވެ.

aquatic

އެކްވާޓިކް (ނއ) ފެނުގައި ނުވަތަ ފެން ކައިރީގައި ހެދޭ ނުވަތަ އުޅޭ. ފެނުގައި ނުވަތަ ފެން ހުންނަ ތަނެއްގެ ކައިރީގައި ހިނގާ (މިސާލަކަށް ކުޅިވަރު).

aquatint

އެކްވަޓިންޓް (ނ) ނައިޓްރިކް އެސިޑް ބޭނުން ކޮށްގެން ރަތުލޯ ފަތުގައި ކަޑާނަގާފައި ހުންނަ ކުރެހުން.

aqueduct

އެކްވަޑަކްޓް (ނ) އެއް ތަނުން އަނެއް ތަނަށް ފެން ގެންދިއުމަށް ފާލަމެއް ފާޑަށް ހަދާފައި ހުންނަ ގަނާތު.

aquilegia

އެކްވިލީޖާ (ނ) ބަގީޗާގައި ހައްދާ ގަހެއް. މިގަހުގައި އަޅާނީ ދަބުކުލައިގެ މަލެކެވެ.

aquiline

އެކްވިލައިން (ނއ) ބާޒުގެ ތުން ހުންނަ ގޮތަށް ގުދުކޮށް.

backtotopicon

Words starting with Ar…

Arab

އެރޭބް (ނ) ޢަރަބީންގެ މީހެއް. (ނއ) އަރަބީންނަށް ނިސްބަތް ކުރެވޭ.

arabesque

އެރެބެސްކް (ނ) 1. ޑިޒައިނެއް. މި ޑިޒައިނުގައި ފަތްކޯޅި އާއި ވަށްބުރާއި ތެދު ރޮނގުތަކުގެ ކުރެހުންތައް ހުރެއެވެ. 2. ބެލޭ ނެށުންތެރިންގެ ހަރަކާތެއް. މިހަރަކާތުގައި އެއްފައިގެ މައްޗަށް ކޮށްޅަށްހުރެ އަނެއްފައި ރަހައަށް ދަމާފައި ބަހައްޓައެވެ.

Arabic

އެރެބިކް (ނ) އަރަބީންނަށް ނިސްބަތްވާ؛ އަރަބި ބަސް.

arable

އެރެބްލް (ނއ) ގޮވާން ކުރުމަށް ކަމުދާ (ބިން).

arachnid

އެރެކްނިޑް (ނ) ދިރޭ ތަކެތި ބަހާފައިވާ ބައިތަކުގެ ތެރެއިން ބައެއް. މިބައިގައި ހިމެނެނީ މަކުނާއި ނަގުލަންދާށި ފަދަ ހައިވާނެވެ. ޢަންކަބޫތީ.

arbiter

އާރބިޓަރ (ނ) މައްސަލަ އަކާ މެދު ގޮތެއް ނިންމުމުގެ ބާރު ލިބިފައިވާ ފަރާތެއް ނުވަތަ މީހެއް.

arbitrary

އާރބިޓްރަރި (ނއ) ސަބަބުތަކުގެ މައްޗަށް ބިނާ ނުވާ؛ ކަމެއް ހިތައް އޭރަކު އެރި ގޮތަށް އެއްވެސް އުޞޫލެއް ނެތި ކުރާ. (ނ) arbitrariness (ކއ) arbitrarily

arbitrate

އާރބިޓްރޭޓް (ކ) ދެމެދެއްގައި ހިނގާ މައްސަލައެއްގައި ގޮތެއް ނިންމުން. ހުކުމް ކުރުން. އާރބިޓްރޭޝަން (ނ)arbitration ، arbitrator

arboreal

އާރބޯރީއަލް (ނއ) ގަހަށް ނިސްބަތްވާ؛ ގަހުގައި ދިރިއުޅޭ.

arboretum

އާރބޮރީޓަމް (ނ) ދިރާސާކުރުމަށް ނުވަތަ ދެއްކުމަށް ގަސް ހައްދާފައިވާ ތަން.

arbour

އާރބަރ (ނ) ބަގީޗާއެއްގައި ހިޔާ އޮންނަ ގޮތަށް ހަދާފައިވާ ތަން. މިފަދަ ތަނެއްގައި ގިޔުގަނޑެއްގެ މައްޗަށް ވެޔޮ ދުއްވާފައި ހުރެއެވެ.

arbutus

އާރބިއުޓަސް (ނ) ސްޓްރޯބެރީ ވައްތަރުގެ އެއްޗެއް އަޅާ ގަހެއް.

arc

އާރކް (ނ) 1. ތެދުނޫން ރޮނގެއްގެ ބައެއް. 2. މި ބައްޓަމަށް އޮތް އެއްޗެއް؛ ޤައުސް. 3. ކަރަންޓު ދީފައިވާ ދެކޮޅެއްގެ ދެމެދުން ގަދަ އައްޔަކާއެކު ދައުރުކުރާ ކަރަންޓު. މިސާލަކަށް ވެލްޑިންގ ކުރާއިރު ހިނގާ ކަރަންޓު. އާރކް ބޭނުން ކޮށްގެން އަލިގަދަ ބޮތްކެއް ހަދާފައި ހުރެއެވެ. މިފަދަ ބޮތްކަށް އާރކް ލޭމްޕް ނުވަތަ އާރކް ލައިޓް އޭ ކިޔައެވެ.

arcade

އާރކޭޑް (ނ) 1. ދެފަރާތުގައި ޢާއްމުކޮށް ފިހާރަ ހުންނަ ހިޔާކޮށްފައި ހުންނަ މަގު؛ ދެފަރާތުގައި ކުޅިވަރު ކުޅޭ ތަންތަން ހުންނަ ނަމަ އެމިޔުޒްމަންޓް އާރކޭޑް ކިޔައެވެ. 2. ގަންތަރު ނުވަތަ ބޯކު ތަކަކުން ހިފަހައްޓާފައި ނުވަތަ އޭގެ މަތީގައި ރާނާފައި ހުންނަ ފާރު. 3. ރުވާގު

arcane

އާރކޭން (ނ) ސިއްރު؛ އޮޅުން ނުފިލާ؛ މަދު ބަޔަކަށް ދޭހަވާ.

arch

އާރޗް (ނއ) 1. ދެފަރާތު ކަނި ފާޓުހަމައަށް މަތި ވަށްކޮށް ހުންނަ ބައްޓަމަށް ހަދާފައި ހުންނަތަކެތި. މިވައްތަރުގެ ބައްޓަމަށް ދޮރު ހަދާފައި ހުރެއެވެ. ޢާއްމުކޮށް ބޭނުންކުރަނީ ފާލަމެއް، ފުރާޅެއް ފަދަ އެއްޗެއް މަތީގައި ބޭއްވުމަށެވެ. ގަންތަރާ. މި ބައްޓަމަށް ހުންނަ ފައިގެ ދަށްފުށުގެ ބައި.

archaeology

އާރކިއޮލޮޖީ (ނ) ކުރީގެ ޙަޟާރަތްތައް، އެ ދޫކޮށްފައިދިޔަ ޢިމާރާތް، ހިފާގެންގުޅޭ ތަކެތި ދިރާސާކޮށްގެން ދެނެގަންނަ ޢިލްމު؛ އާސާރީ ޢިލްމް. (ނ) archaelogist މިފަންނުގެ ޢިލްމުވެރިން. (ނއ) archeological

archaic

އާރކޭއިކް (ނއ) ކުރީ ޒަމާނުގެ؛ ޤަދީމީ؛ އަސާރީ

archangel

އާރކްއޭންޖަލް (ނ) މަލާއިކަތުންގެ ތެރެއިން އެންމެ އިސް ފަރާތް.

archbishop

އާރޗްބިޝޮޕް (ނ) (ބިޝޮޕުންގެ) ފާދިރީންގެ ތެރެއިން އެންމެ އިސްމީހާ.

archdeacon

އާރޗްޑީކަން (ނ) ބިޝޮޕުންނަށް ވުރެ ދަށު ދަރަޖައިގެ ފާދިރީންގެ އެންމެ އިސްމީހާ.

arch-enemy

އާރކްއެނިމީ (ނ) އެންމެ ބޮޑު ދުޝްމަނު.

archer

އާރޗަރ (ނ) ދުނި ދަނޑި އާއި ތީރު ބޭނުން ކުރާމީހާ؛ ތީރުވެރިޔާ. (ނ) archery ކުޅިވަރެއްގެ ގޮތުގައި ދުނި އުކުން.

archetype

އާރކިޓައިޕް (ނ) އެއްޗެއް ކޮޕީކުރުމަށް ބޭނުންކުރާ އަޞްލު ނަމޫނާ އެތި. (ނއ) archetypical

archipelago

އާރކިޕެލަގޯ (ނ) ކުދިކުދި ރަށްތަކެއްގެ ގުރޫޕެއް؛ މިފަދަ ރަށްތަކެއް ހިމެނޭ ކަނޑެއް.

architect

އާރކިޓެކްޓް (ނ) އިމާރާތް ފަރުމާ ކުރާމީހާ. ކޮންމެވެސް މުހިއްމު ކަމެއް ގެންނާނެ ގޮތް ފިކުރުކޮށް ތަންފީޒުކުރާ ފަރާތް، މިސާލަކަށް ޞުލްޙައިގެ އާރކިޓެކްޓް.

architecture

އާރކިޓެކްޗަރ (ނ) އިމާރާތް ފަރުމާކުރުމާބެހޭ ޢިލްމު؛ ޢިމާރާތެއްގެ ފޭޑި ނުވަތަ އިސްޓައިލް ނުވަތަ ފަރުމާކުރުން. (ނއ) architectural (ކއ) architecturally

architrave

އާރކިޓްރޭވް (ނ) ތަނބުތަކެއްގެ މަތީގައި އޮންނަ ބެރި. ދޮރެއް ނުވަތަ ކުޑަދޮރެއްގެ ވަށައިގެން ރާނާ ނުވަތަ ބަރުފޯސްކޮށްފައި ފޮފަނަގާފައި ހުންނަ ބައި.

archives

އާރކައިވްސް (ނ) މަރުކަޒެއްގެ ނުވަތަ މުޖުތަމައެއްގެ ތާރީޚީ ފަތްތައް، ރެކޯޑްތައް. އަރުޝީފު.

archivist

އާރކިވިސްޓް (ނ) އަރުޝީފެއް ބަލަހައްޓާ މީހާ. މުއަރުޝިފު.

archway

އާރޗްވޭ (ނ)

ބޯކެއް ނުވަތަ މުގައްތަރެއްގެ ތިރިން ދަތުރު ކުރެވެން އޮންނަ މަގު.

arctic

އާރކްޓިކް (ނ) ދުނިޔޭގެ އުތުރު ތަނޑިއާއި ގާތް ސަރަހައްދު.

ardent

އާރޑެންޓް (ނއ) ޝައުޤުވެރިކަމާ އެކު؛ ކުރާހިތުން. (ކއ) ardently

ardour

އާރޑަރ (ނ) ފޯރި؛ ޝައުޤުވެރިކަން؛ ކަމެއް ކުރުމަށް ހުންނަ ލޯތްބާއި ޖޯޝް. ހަމާސާ (ކއ)

arduous

އާރޖުއަސް (ނއ) އުނދަގޫ؛ ބުރަ، ހިތްމަތާއި ގަދަ މަސައްކަތް ބޭނުންވާ. (ކއ) arduously

are

އާރ (ކ) 1. [ވެޔޭ] ހިނގަމުންދާ ޒަމާނަށް، އަދި އެކަކަށް ވުރެ ގިނައެއްްޗަށް ނުވަތަ މީހުންނަށް ނިސްބަތްކޮށް. be ގެ މާނަ ބަލާ 2. ސަތޭކަ އަކަ މީޓަރު.

area

އޭރިއާ (ނ) 1. ޞަޠަހައެއްގެ ބޮޑުމިން. މަސާހާ. 2. ކަމެއް ހިނގަމުންދާ ނުވަތަ ކުރުމަށް ކަޑައެޅިފައި އޮންނަ ސަރަޙައްދު. 3. ދާއިރާ ނުވަތަ މާއްދާ.

arena

އެރީނާ (ނ) ކުޅިވަރު ކުޅޭ ތަނެއްގައި ނުވަތަ ތަމްސީލު ކުޅޭ ތަނެއްގައި ހަމަކޮށް އޮންނަ ސަރަހައްދު؛ މައިދާން.

aren’t

އާރންޓް Are not މި ކަލިމަ ކުރުކޮށް ކިޔާ ގޮތް.

arguable

އާރގުއަބްލް (ނއ) ޔަޤީން ކަމެއް ނެތް؛ ޖަދަލުކުރުަމަށް ތަން އޮތް؛ ތެދުކަމާމެދު ޝައްކު ކުރެވޭ. (ކއ) arguably

argue

އާރގިއު (ކ) 1. ނުރުހުން ފާޅުކުރުން؛ ރުޅިވެރި ލަފުޒުތައް ބަދަލުކުރުން؛ މައްސަލައަކާ އެއްކޮޅަށް ނުވަތަ އިދިކޮޅަށް ސަބަބު ދެއްކުން؛ ޒުވާބު ކުރުން؛ މުނާޒިރާ ކުރުން؛ ބަހުސް ކުރުން. 2. ވާހަކަ ދައްކައިގެން މީހަކު އެއްޗެއް ޤަބޫލު ކުރުވުން. 3. ރަމްޒު ނުވަތަ އިޝާރާތް ކުރުން.

argument

އާރގިއުމަންޓް (ނ) ޒުވާބެއް؛ ދެކޮޅުވެރިކަން ފާޅުކުރާ ބަހުސެއް؛ ބަޔަކު އެއްޗެއް ޤަބޫލުކުރަން އެދި ހުށަހަޅާ ސަބަބުތައް؛ ހުއްޖަތު.

argumentation

އާރގިއުމެންޓޭޝަން (ނ) ހުއްޖަތު ޤާއިމުކުރާ ކުރުން.

argumentative

އާރގިއުމެންޓޭޓިވް (ނއ) ޒުވާބު ކުރާ ހިތްވާ؛ ކަންތައްތަކުގެ ސަބަބުތައް އޮޅުންފިލުވާ އަދި އެއާމެދު ބަހުސް ކުރުމަށް ޝައުޤުވެރިކަން ހުންނަ. (ކއ) argumentatively

argy-bargy

އާރގީބާރގީ (ނ) އާދައިގެ ބަހުރުވައިގައި ހޫނު ޒުވާބެއް.

aria

އާރިއާ (ނ) އޮޕްރާގައި އެއް ފެންވަރުގެ އަޑަކުން ކިޔާ ލަވަ.

arid

އެރިޑް (ނއ) 1. ހިކި، ހަނަފަސް؛ ފެންނެތް (މ. ހޫނު ސަހަރާތައް ފަދައިން)؛ 2. ޝައުޤުވެރިކަމެއް ނެތް. (ކއ) aridly (ނ) aridness، aridity

Aries

އޭރީޒް (ނ) ނުޖޫމީ ޢިލްމުގައި އެންމެ ފުރަތަމަ ރާހި. މި ރާހީގެ ރަމްޒެއްގެ ގޮތުގައި ބޭނުން ކުރަނީ ގިތެލެކެވެ. މޭސަ ރާހި

aright

އެރައިޓް (ކއ) ރަނގަޅަށް.

arise

އެރައިޒް (ކ) 1. އެއްޗެއް އުފެދުން؛ މީހުންގެ ސަމާލު ކަމަށް އައުން؛ 2. ތެދުވުން؛ މަރުވެފައިވަނިކޮށް ދިރުން. މާޒީވުމުން ކިޔަނީ arose

aristocracy

އެރިސްޓޮކްރެސީ (ނ) 1. ޤައުމެއްގެ ބޮޑުން؛ މުޖުތަމަޢު އެއްގެ ވިރާސީ ބޭފުޅުން. 2. މިފަދަ ބަޔަކު ހިންގާ ވެރިކަމެއް. އެރިސްޓޮކްރެޓް (ނ) aristocrat ބޭފުޅެއް. އެރިސްޓޮކްރެޓިކް (ނއ) aristocratic މިފަދަ މީހުންނަށް ނުވަތަ ވެރިކަމަށް ނިސްބަތްވާ. (ކއ) aristocratically

arithmetic

އެރިތްމެޓިކް (ނ) ޢަދަދު ބޭނުން ކޮށްގެން ހިސާބު ކުރުން؛ މިކަމުގެ ޢިލްމު. (ނއ) arithmetical (ކއ) arithmetically ހިސާބީ.

ark

އާރކް (ނ) ނޫޙުގެފާނުންގެ ނައު ކޮޅު؛ މި ނައުކޮޅުގެ ނަމޫނާ.

arm

އާރމް (ނ) އިންސާނާގެ ހަށިގަނޑުގެ މުލައްދަނޑިން ފެށިގެން އަތާއެކު؛ ގަމީހެއްގެ އަތް؛ އެއްޗެއްގައި އަތްފަދައިން ނުކުމެފައި ހުންނަ ބައެއް (މ. ގޮނޑިއެއްގައި).

އާރމް (ކ) arm ހަތިޔާރު ދިނުން ނުވަތަ ހަތިޔާރު އެޅުން. ބޮމެއް ފަދަ އެއްޗެއް ގޮވާ ގޮތަށް ތައްޔާރު ކުރުން. armed forces (ނ) ސިފައިން، ޤައުމެއްގެ ދިފާޢީ ލަޝްކަރު

armada

އާރމަޑާ (ނ) ސްޕޭންގެ މީހުން އިނގިރޭސިންނާ ދެކޮޅަށް 1588 ގައި ފޮނުވި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލަޝްކަރު.

armadillo

އާރމަޑިލޯ (ނ) ދެކުނު އެމެރިކާގައި އުޅޭ ޖަނަވާރެއް. ހަރުކޮނެގެން އުޅޭ މި ޖަނަވާރުގައި ކަހަނބުގައި ހުންނަ ގޮތަށް ހަރު ފަތްތަކެއް ހުރެއެވެ.

armament

އާރމަމެންޓް (ނ) އުޅަނދެއްގައި ހަރުކުރެވިފައިވާ ހަތިޔާރުތައް؛ ލަޝްކަރަކަށް ދެވިފައިވާ ހަތިޔާރުތައް؛ ހަނގުރާމައަށް ތައްޔާރުވުމުގެ ގޮތުން ހިނގާ ކަންތައްތައް.

armature

އާރމެޗަރ (ނ) މޯޓަރެއްގެ ނުވަތަ ކަރަންޓު އުފައްދާ ޑައިނަމޯގެ (ކޮއިލު އޮޅާފައި އޮންނަ) އެނބުރޭ ބައި.

armband

އާރމްބޭންޑް (ނ) ހެދުމެއްގެ އަތުގައި ނުވަތަ މުލައްދަޑީގައި އަޅާ ފުޅާ ބަންދެއް ނުވަތަ ފޮތިފަށެއް.

armchair

އާރމްޗެއަރ (ނ) އަތްގަނޑުލީ ގޮނޑީ. (armchair cricket) އާރމްޗެއަރ ކްރިކެޓް ޢަމަލީ ތަޖުރިބާއެއް ނެތި ކަންތަންތަކުގެ ކުށްދައްކާ މީހާ. އާރމްޗެއަރ ޓްރެވަލަރ (armchair traveller) ދަތުރު ތަކުގެ އަޑު އަހައިގެން ނުވަތަ ކިޔައިގެން ވާހަކަ ދައްކާ މީހާ.

armful

އާރމްފުލް (ނއ) އަތުން ހިފޭ އެންމެ ގިނައިން.

armhole

އާރމްހޯލް (ނ) ހެދުމެއްގެ އަތްބާނަން ހަދާފައި ހުންނަ ލޯވަޅު.

armistice

އާރމިސްޓިސް (ނ) ހަނގުރާމައެއްގައި ވަގުތީ ގޮތުން ޞުލްޙަވެ ހަމަލާތައް ހުއްޓާލުމަށްވާ އެއްބަސްވުން.

armless

އާރމްލަސް (ނއ) އަތް ނެތް.

armour

އާރމަރ (ނ) ހަނގުރާމަ ކުރާއިރު ހަށިގަނޑު ރައްކާތެރި ކުރުމުގެ ގޮތުންލާ އާލަތެއް؛ ދަހަނާ. ޓޭންކެއް، ކާރެއް، މަނަވަރެއް، ބޯޓެއް، ފަދަ އުޅަނދެއް ރައްކާތެރިކުރަން ހަރުކޮށްފައި ހުންނަ ހަރު މަޢުދަނުގެ ފިލާ؛ މިފަދަ ގޮތަކަށް ހަދާފައި ހުންނަ އުޅަނދު. (ނއ) armoured

armoury

އާރމަރީ (ނ) ހަތިޔާރާއި ގޮވާތަކެތި ރައްކާކޮށްފައި ހުންނަ ތަން.

armpit

އާރމްޕިޓް (ނ) ކިހިލިފަތް.

arms

އާރމްސް (ނ) 1. ހަނގުރާމަމަތީ ހަތިޔާރުތައް. 2. ދައުލަތްތައްތަކާއި ޖަމާޢަތްތައް ފަދަ ތަންތަނުގެ ނިޝާންތައް. މި ނިޝާންތަކަކީ ކުރީ ޒަމާނުގައި އެކި އާއިލާތަކަށް ނިސްބަތްވާ ނިޝާންތަކެކެވެ.

army

އާރމީ (ނ) 1. އެއްގަމުގައި ހަނގުރާމަ ކުރުމަށް ހަތިޔާރު ދެވިފައިވާ ލަޝްކަރު. 2. ބޮޑު ބައިގަނޑެއް. 3. ވަކި ކަމެއް ކުރުމަށް އިންތިޒާމް ކުރެވިފައިވާ މީހުންގެ ބޮޑު ޖަމާޢަތެއް.

aroma

އެރޯމާ (ނ) ވަސް، ޚާއްޞަކޮށް މީރު ވަސް. (ނއ) aromatic

arose

އަރޯޒްarise ބަލާ

around

އެރައުންޑް (ކއ، ޕޕ) ހުރިހާ ފަރާތަކުންވެސް ވަށްކޮށް؛ ކައިރި ހިސާބެއްގައި؛ ގާތުގައި؛ އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ؛ ގާތްގަޑަކަށް.

arouse

އެރައުސް (ކ) ހޭލައްވަލާލުން.

arrange

އެރޭންޖް (ކ) 1. ވަކި ތަރުތީބަކަށް އެތުރުން؛ ރީއްޗަށް ބެހެއްޓުން. 2. ރޭވުންތައް ރޭވުން؛ ތަފްސީލްތައް ކަނޑައެޅުން؛ ތައްޔާރުވުން؛ 3. ވަކި މިޔުޒިކް އާލަތަކަށް ހަދާފައިވާ މިޔުޒިކެއް އެހެން އާލަތަކުން ކުޅެވޭގޮތަށް ރޭވުން. ތަމްސީލެއް ބްރޯޑްކާސްޓްކުރުމަށް ބަދަލުކުރުން.

arrant

އެރެންޓް (ނއ) ޔަޤީނުން ވެސް؛ މުޠުލަޤު؛ ނުބައިކަމަށް މަޝްހޫރު. މިސާލަކަށް އެރާންޓް ދޮގުހަދާ މީހާ.

array

އެރޭ (ކ) 1. ތަރުތީބަކުން އެތުރުން. 2. ހެދުން އެޅުން؛ ނަލަ ހެދުން. (ނ) 1. ސަމާލުކަން ލިބޭފަދަ ތަމްސީލެއް، މަންޒަރެއް 2. ތާވަލެއް، ކޮމްޕިއުޓަރ ޕްރޮގްރާމެއްގައި ޑޭޓާ ނުވަތަ މަޢުލޫމާތު ތަރުތީބު ކުރާގޮތެއް. މިގޮތުން ވަކި ނަންބަރެއް ބޭނުންކޮށްގެން އެ މަޢުލޫމާތު ގެ ބައިތައް ވަކިން ހޯދެއެވެ.

arrears

އެރިއާރސް (ނ) ލިބިފައި ހުންނަން ޖެހޭ ނަމަވެސް ނުލިބޭ ފައިސާ؛ ކޮށް ނިމިފައި ހުންނަންޖެހޭ މަސައްކަތް ނަމަވެސް އަދި ނުނިމިހުރި.

arrest

އެރެސްޓް (ކ) ހަރަކާތެއް ނުވަތަ އަމަލެއް ހުއްޓުވުން ނުވަތަ ބެލުން؛ ހިފެހެއްޓުން (މ. ސަމާލުކަން)؛ ޤާނޫނީގޮތުން ބާރުލިބިގެން ބަންދުކުރުން. (ނ) ބަންދު. ހިފެހެއްޓޭ ހިފެހެއްޓުން.

arrestable

އެރެސްޓަބްލް (ނއ) ކުށުގެ ބާވަތުން ބަންދުކުރެވޭ. މިބާވަތުގެ ކުށެއްގައި ބެދުމުން އެއްވެސް ފަރާތެއްގެ ހުއްދަ ނުހޯދާ ކުށްކުރާ ފަރާތް ބަންދުކުރެވޭ.

arrival

އެރައިވަލް (ނ) އައުން. އައި މީހާ ނުވަތަ އައި އެތި.

arrive

އެރައިވް (ކ) 1. މަންޒިލަކަށް ވާޞިލުވުން ނުވަތަ ދަތުރެއްގެ މުހިއްމު ހިސާބަކަށް އާދެވުން. 2. އެއްބަސްވުމަކަށް އާދެވުން. 3. އެންމެ ފަހުން އާދެވުން. މުހިއްމު ކަމެއް ހާމަވެގެން ދިއުން. 4. ދުނިޔޭގެ ކާމިޔާބު ލިބިގެންވާ ކަމަށްފާހަގަ ކުރެވުން.

arrogant

އެރޮގަންޓް (ނއ) މީހާގެ މޮޅުކަން އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް އިހްސާސް ކުރެވުމުގެ ސަބަބުން ބޮޑާވެފައިވާ؛ ތަކައްބުރު، ކިބުރުވެރި. (ކއ) arrogantly (ނ) arrogance

arrow

އެރޯ (ނ) 1. ތީރު؛ ދުނި؛ ދުނިދަނޑިއެއްގައި ލާފައި ފޮނުވާ ތެދު ހެވިކަމުގެ އާލަތެއް. 2. އެއްޗެއްގެ މިސްރާބު ނުވަތަ މަޤާމް ދައްކަން ރޮނގެއްގެ ކޮޅުގައިލާ –> މިފަދަ ނިޝާނެއް.

arrowhead

އެރޯހެޑް (ނ) ތީރުގެ ބޯ ނުވަތަ ކުރި.

arrowroot

އެރޯރޫޓް (ނ) ދަނޑިއަލުވި ފަދަ ފަލަވާ މުލަކުން ނަގާ ކާންގެންގުޅޭ ފުށެއް

arse

އާރސް (ނ) ހުތުރު ބަހުރުވައިން ފޫކޮޅު.

arsenal

އާރސިނަލް (ނ) ހަނގުރާމައިގެ ސާމާނު އުފައްދާ ނުވަތަ ގުދަން ކުރާ ތަނެއް.

arsenic

އާރސިނިކް (ނ) 1. އަޅިކުލައިގައި ހުންނަ މުރަނަ މަޢުދަނެއް. 2. ހުދު ކުލައިގައި ހުންނަ މީގެ ވަރަށް ވަރުގަދަ ވިހައެއް؛ ކޮކަޑި (ނއ) arsenical

arson

އާރސަން (ނ) އިންސުއަރެންސް ފައިދާ ހޯދަން ނުވަތަ ނުރުހިގެން ޤަވާޢިދާ ހިލާފަށް ގެއެއްގައި ނުވަތަ އެހެންވެސް ތަނެއްގައި ޤަޞްދުގައި ހުޅުޖެހުން. (ނ)   arsonist މިކަން ކުރާމީހާ.

އާރޓް (ނ) art

1. ފަންނު. ރީތި އެއްޗެއް އުފެއްދުން ނުވަތަ މިކަމުގެ ހުނަރު. 2. މިހުނަރު ބޭނުން ކޮށްގެން އުފައްދާފައި ހުންނަ ކުރެހުން ފަދަ އެއްޗެތި. 3. ޢަމަލީ ކޮންމެ ހުނަރެއް. އާރޓް ގެލެރީއަކީ މިފަދަ ތަކެތި ދެއްކުމަށް ހުންނަ ތަންތަނެވެ. arts ތާރީޚާއި ބަސްފަދަ މާއްދާތައް. މިފަދަ މާއްދާތައް، ސައިންސާއި ޚިލާފަށް ބަރާބަރަށް މިނެހެދުމުގެ ކަމެއް މި މާއްދާތަކަކު ނޯވެއެވެ. އިސްކަން ދެނީ ފުންކޮން ދޭހަވުމަށެވެ. އާރޓްސް އެންޑް ކްރާފްޓްސް ކިޔަނީ އަތްތެރި މަސައްކަތްތަކަށެވެ. ނުވަތަ މިމަސައްކަތުން އުފައްދާ ތަކެއްޗަށެވެ.

art

އާރޓް (ކ) ޤަދީމީ އިނގިރޭސި ބަހުގައި are ގެ ބަދަލުގައި އެއްމާނައެއްގައި ބޭނުން ކުރާ ލަފުޒު.

artefact

އާރޓިފެކްޓް (ނ) މީހުން އުފައްދާފައިވާ އެއްޗެއް. ޤަދީމީ އާލަތެއް.

arterioscrelosis

އާރޓީރިއޮސްކްލެރޯސިސް (ނ) ލޭ ފޮނުވާ ނާރުތަކުގެ ދެމުން ނެތި ދިއުމުގެ ސަބަބުން ލޭފޮނުވުމަށް ހުރަސް އަޅާ ބައްޔެއް.

artery

އާރޓަރީ (ނ) ހިތުން ހަށިގަނޑުގެ އެހެން ބައިތަކަށް ލޭ ގެންދާ ހޮޅިތަކުން ހޮޅިއެއް. މުހިއްމު ދަތުރުކުރާ މަގެއް. ޝުރަޔާން. (ނއ) arterial

artesian well

އާރޓީޒަން ވެލް (ނ) ބިމުގައި ވަޅެއް ބެހެއްޓުމުން ޕަންޕު ނުބެހެއްޓިއަސް މައްޗަށް ފެންއަރާ ވަޅެއް. މިފަދަ ވަޅަށް ފެން ފަސޭހައިން އަންނަނީ ވަޅު ބެހެއްޓޭތަން އެހެން ތަންތަނުގެ ނިސްބަތުން ތިރިވުމުންނެވެ.

artful

އާރޓްފުލް (ނއ) ތިމާ ބޭނުން މުހުތާދެއް ޙާޞިލު ކުރުމަށް މަކަރުވެރި ނުވަތަ ފިކުރުވެރި. (ކއ) artfully (ނ) artfullness

arthritis

އާތްރައިޓިސް (ނ) ހުޅުތަކުގައި ރިއްސާ ނުވަތަ ހުޅުގުޑުވުމަށް އުނދަގޫވާ ބައްޔެއް. (ނއ) arthritic

artic

އާރޓިކް (ނ) އެކި ބައިތަކަކުން ގުޅިފައިވާ އުޅަނދެއް. މިއީ ކުރުގޮތަށް އާރޓިކިޔުލޭޓަޑް ވެހިކަލް articulated vehicle ކިޔާ ގޮތެވެ.

artichoke

އާރޓިޗޯކް (ނ)ވަރަށް ބޯ ފަތްތަކެއް ހުންނަ ތަރުކާރީގެ ބާވަތެއް. ޙަރުޝަފު.

article

އާރޓިކްލް (ނ) 1. ވަކި ނުވަތަ ޚާއްޞަ އެއްޗެއް. 2. ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ހިމެނޭ އެއް ޢަދަދަކުން ނިމޭ ލިއުމެއް. 3. އެއްބަސް ވުމެއްގައި ނުވަތަ ޤާނޫނީ ލިއުމެއްގައި ހިމެނޭ ވަކިކަމަކާ ބެހޭ ޕެރެގްރާފެއް ނުވަތަ މާއްދާއެއް. 4. އިނގިރޭސި ބަހުގައި ނަމެއްގެ ކުރީގައި ހިމެނޭ އެނަމަށް ސިފައެއް ގެނެސްދޭ އަކުރެއް މިސާލަކަށް the.

articular

އާރޓިކިޔުލަރ (ނއ) ހަށިގަނޑުގެ ހުޅުތަކާ ބެހޭ.

articulate

އާރޓިކިޔުލޭޓް (ކ) 1. އެކި އަޑުތައް ސާފުކޮށް އެނގޭ ފަދަ ގޮތަކަށް ވާހަކަ ދެއްކުން. ހުޅެއް ބޭނުންކޮށްގެން ގުޅުވުން. (ނ) articulation (ނ) 2. (ނއ) ސާފުކޮށް ވާހަކަ ދައްކާ؛ ބުނަން ބޭނުން އެއްޗެއް އެނގޭގޮތަށް ސާފުކޮށް ކިޔާ.

artifice

އާރޓިފިސް (ނ) މަކަރެއް؛ ހީލަތެއް؛ މީހަކަށް އޮޅުވާލުމަށް ހަދާ ޙިކުމަތްތެރި މަކަރެއް.

artificer

އާރޓިފިސަރ (ނ) ތަކެތި ހެދުމަށް ނުވަތަ އުފެއްދުމަށް ހުނަރުވެރި މަސައްކަތް ތެރިއެއް.

artificial

އާރޓިފިޝަލް (ނއ) ޤުދުރަތީ ގޮތުން އުފެދިފައިނުވާ؛ ސިނާއީ؛ ޤުދުރަތީ އެއްޗެއްގެ ސިފައިގައި އިންސާނުން ހަދާފައިވާ؛ (ކއ) artificially (ނ) artificiality

artillery

އާރޓިލަރީ (ނ) 1. ބިމުގައި ހަނގުރާމަ ކުރާއިރު ބޭނުން ކުރާ ބޮޑު ބަޑިއެއް. 2. އެއްގަމު ލަޝްކަރެއްގައި މިފަދަ ހަތިޔާރު ބޭނުން ކުރާ ފައުޖު. (ނ) artilleyman

artisan

އާރޓިޒަން (ނ) ތަކެތި އުފެއްދުމުގައި މަސައްކަތްކުރާ ހުނަރުވެރި މަސައްކަތް ތެރިއެއް. ޙިރުފީ.

artist

އާރޓިސްޓް (ނ) 1. ޚާއްޞަކޮށް ކުރަހާ ކުލަޖައްސާ، އާއްމުކޮށް ކޮންމެވެސް ބާވަތެއްގެ ފަންނާނެއް. 2. ވަރަށް ހުނަރުވެރިކަމާއެކު ކަންތައްތައް ކުރާ މަސައްކަތްތެރިއެއް. 3. އެހެންމީހުން މުނިފޫހިފިލުވުމަށް މަސައްކަތް ކުރާ މީހެއް.

artiste

އާރޓީސްޓް (ނ) އެހެންމީހުން މުނިފޫހިފިލުވުމަށް މަސައްކަތް ކުރާ މީހެއް.

artistic

އާރޓިސްޓިކް (ނއ) 1. ފަންނީ ހުނަރުވެރިކަން ދައްކައިދޭ. 2. އާރޓިސްޓުންގެ ފަންނު. 3. ބޮޑަށް ނުވިސްނާ ކުއްލިއަކަށް ޙަރަކާތްތެރިވާ، އެހެންމީހުންގެ އުޅުމާ ތަފާތު. (ކއ) artistically

artistry

އާރޓިސްޓްރީ (ނ) ފަންނީ ހުނަރުވެރިކަން.

artless

އާރޓްލަސް (ނއ) ސާދާ އަދި ޠަބީޢީ؛ ދެއްކުން ތެރިކަމެއް މަކަރުވެރިކަމެއް ނެތް. (ކއ) artlessly (ނ) artlessness

arty

އާރޓީ (ނއ) ނުރަސްމީ ބަހުރުވައިގައި އާރޓްސް އާއި އާރޓިސްޓުންނަށް ވަރަށް ޝައުޤުވެރިކަން ހުރިކަން ދެއްކުންތެރިކަމުގެ ގޮތުން ހާމަކުރުމާ އެކު (ނ) artiness .

arty-crafty

އާރޓީ-ކްރާފްޓީ (ނއ) ނުރަސްމީ ބަހުރުވައިގައި ފަންނީ މަސައްކަތްތެރިކަމާ ބެހޭ.

arum

އެރުމް/އެރަމް (ނ) ބަގީޗާގައި ހައްދާ ގަހެއް. މިގަހުގައި އަޅަނީ ތާޅަފިލިވައްތަރަށް ހުންނަ މަލެކެވެ.

as

އޭޒް (ކއ) 1. އެއްވަރަށް؛ އެއް ފެންވަރަށް؛ އެގޮތަށް. (ކޮންޖަންކުޝަން) ހަމަ އެހިދު. 2. އެސަބަބާ ހެދި. 3. އެގޮތަށް.

asbestos

އެސްބެސްޓޮސް (ނ) ބިމުން ނަގާ ގަނޑުކޮށް ހުންނަ ކަފައާ ވައްތަރު އެއްޗެއް. މި ބޭނުންކުރަނީ ހޫނު ހިފެހެއްޓުމަށެވެ.

asbestosis

އެސްބެސްޓޯސިސް (ނ) އެސްބެސްޓޮސް ހުންނަ ސަރަޙައްދެއްގައި އުޅުމުން ނުވަތަ އެއާ ކުޅުމުން ފުއްޕާމެޔަށް ޖެހޭ ބައްޔެއް.

ascend

އެސެންޑް (ކ) މައްޗަށް އެރުން ނުވަތަ ދިއުން.

ascendency

އެސެންޑެންސީ (ނ) އެއްޗެއް ކޮންޓްރޯލް ކުރާނޭ ނުވަތަ މަތަ ކުރާނޭ ބާރު ލިބުން؛ ކަމެއް ނުވަތަ އެއްޗެއް އެންމެ ބާރުގަދަ ނުވަތަ ނުފޫޒުގަދަ ހިސާބަށް އައުން؛ ކާމިޔާބާއި ބާރާއި ހައިބަތުގެ މަޤާމެއް.

ascendant

އެސެންޑެންޓް (ނއ) ކާމިޔާބާއި ބާރު މަތިވަމުންދާ؛ މައްޗަށް އަރާ، މިސާލަކަށް ނަކަތެއް އުދަރެހުން ފެންމައްޗަށް އުފުލުން. ޞާޢިދު، ޠާލިޢު.

ascension

އެސެންޝަން (ނ) މައްޗަށް އެރުން؛ ތަޚުތަށް ނުވަތަ މަތިވެރި މަޤާމަކަށް ނުވަތަ ތަނަކަށް އެރުން.

ascent

އެސެންޓް (ނ) މައްޗަށް އަރާ އެރުން؛ ބިމުގައި ނުވަތަ އެހެންވެސް އެއްޗެއްގައި މައްޗަށް އެރޭގޮތަށް ހުންނަ މަގު، ތަން.

ascertain

އެސަރޓޭން (ކ) ސުވާލުކޮށްގެން ނޫންނަމަ އެހެން ގޮތަކުން ނަމަވެސް ޔަޤީންކަން ހޯދުން ނުވަތަ ޔަޤީންކުރެވުން (ކއ) ascertainable

ascetic

އެސެޓިކް (ނ) ޒާހިދު މީހެއް؛ ދުނިޔެވީ އުފާތަކުން މަޙުރޫމްވެގެން ވަރަށް މަދު އެއްޗެއް ބޭނުންކޮށްގެން އުޅޭ ޢާއްމުކޮށް ދީނީ މީހެއް. (ކއ) ascetically ޒާހިދުކަން (ނ) ascetism

ascorbic acid

އެސްކޯރބިކް އެސިޑް (ނ) ޢާއްމުގޮތެއްގައި ހުތް މޭވާތަކުގައާއި ތަރުކާރީގައި ހިމެނޭ ވިޓަމިން ސީ.

ascribable

އެސްކްރައިބަބްލް (ނއ) ވަކި ކަމަކަށް ނުވަތަ މީހަކަށް ނިސްބަތް ކުރެވޭ.

ascribe

އެސްކްރައިބް (ކ) އެއްޗަކަށް ނުވަތަ މީހަކަށް ކަމެއްގެ އުފެދުން ނުވަތަ މިލްކުވެރިކަން ނުވަތަ ސަބަބު ނިސްބަތްކުރުން. (ނ) ascription

aseptic

އެސެޕްޓިކް (ނއ) ޖަރާސީމު ތަކުން ތާހިރުވެގެންވާ؛ ބަލިޖައްސާ ޖަރާސީމު ފަދަ ތަކެތިން މެޑިކަލްގޮތުން ސަލާމަތްވެގެންވާ. (ކއ) aseptically

asexual

އެސެކްޝުއަލް (ނއ) ޖިންސީ ގުނަވަންތައް ނެތް.

ash

އޭޝް (ނ) އަޅި ކުލައިގެ ތޮށްޓެއްލީ ގަހެއް.

ash

އޭޝް (ނ) އެއްޗެއް އެންދީމާ ހުންނަ ބައި؛ އަޅި. (ނއ) ashy

ashamed

އެޝޭމްޑް (ނއ) ލަދުގަނެފައި.

ashen

އެޝެން (ނއ) އަޅިއާ ވައްތަރު ނުވަތަ އަޅިން އުފައްދާފައިވާ.

ashlar

އެޝްލަރ (ނ) ހަތަރެސްކަނަށް ކަޑާފައިވާ ގައު؛ މިފަދަ ގަލުން ރާނާފައިވާ.

ashore

އެޝޯރ (ކއ) އެއްގަމާ ކައިރިއަށް ނުވަތަ އެއްގަމުގައި.

ashram

އަޝްރާމް (ނ) އުތުރު ކަރައިގައި ހުންނަ ޒާހިދު އަޅުވެރިންގެ ދީނީ ބިނާއެއް.

ashtray

އޭޝްޓްރޭ (ނ) އަޅިކެނޑި. ދުންފަތުގެ އަޅިއަޅަން ހުންނަ އެއްޗެއް.

aside

އެސައިޑް (ކއ) 1. އެއް ކާރިއަށް ނުވަތަ އެއްކާރީގައި؛ މައި އެއްޗާއި ދުރުގައި؛ މީހެއްގެ ޚިޔާލު ނުވަތަ ފިކުރުން ދުރުގައި. 2. ވަކި ކަމަކަށް ބެހެއްޓިފައި (މ. ފައިސާ) 3. އެއް ބަޔަކަށް އެނގޭ ގޮތަށް ދައްކާ ވާހަކަ.

asinine

އޭސިނައިން (ނއ) ސޭކު ނުވަތަ މޮޔަ؛ ހިމާރެއް ފަދަ ނުވަތަ ވައްތަރު

ask

އާސްކް (ކ) 1. އެހުން (މ. ސުވާލެއް ނުވަތަ ޖަވާބަކަށް) 2. އެހެން މީހެއްގެ ފަރާތުން (މ. ކަމަކަށް) އެދުން.

askance

އެސްކާންސް (ކއ) މީހަކާ ނުވަތަ އެއްްޗަކާ ދިމާއަށް، ނަފުރަތު ނުވަތަ އިތުބާރު ނެތި ބަލާ؛ ނުރުހުމާ ނަފުރަތާއެކު؛ ސީދަލަކަށް ނޫން (މ.ނަޒަރު)؛ ޝައްކާއެކު

askew

އެސްކިއު (ނއ، ކއ) ތެދު ނުވަތަ ރަހަ ނޫން.

asleep

އެސްލީޕް (ނއ، ކއ) ނިދިފައި؛ ހަރަކާތް ނެތިފައި.

asp

އެސްޕް (ނ) ވިހަ ހަރުފައިގެ ބާވަތެއް.

asparagus

އެސްޕެރެގަސް (ނ) ތަނޑިތަކެއްހެން ހުންނަ ތަރުކާރީއެއް.

aspect

އެސްޕެކްޓް (ނ) 1. އެއްޗެއް ފެންނަ ސިފަ. 2. އެއްޗެއް ހުންނަ ދިމާ؛ އެއްޗެއް ދިއްކުރެވިފައިވާ ދިމާ. 3. ނުޖޫމީ ޢިލްމުގައި ގުރަހައްޔެއް ނުވަތަ ތަރިއެއް އެހެން އެއްޗަކާ ހުންނަ ގާތްކަން.

aspen

އެސްޕެން (ނ) ވަރަށް މަޑު ރޯޅީގައިވެސް ހެލުވިލާ ފަތް ހުންނަ ގަހެއް.

asperity

އެސްޕެރިޓީ (ނ) އުޅުމުގައި ނުވަތަ ހާލަތެއްގައި ހުންނަ ހަރުކަށި ނުވަތަ ގޮތެއް ނެތްކަން.

aspersions

އެސްޕަރޝަންޒް (ނ) މީހެއްގެ އަބުރަށް ދެވޭ ހަމަލާ؛ މީހަކު ދަށްކޮލުމުގެ ގޮތުން ކުރާ ކަންތައްތައް (މި ލަފުޒު އާއްމުކޮށް ބޭނުން ކުރަނީ cast aspersions މި ޢިބާރާތާއެކުއެވެ)؛ ތަޝްހީރު.

asphalt

އެސްފޯލްޓް (ނ) ތާރުފަދަ އޮލަ ކަޅު އެއްޗެއް. ކުދި ހިލައާ އެއްކޮށްގެން މަގުގެ ތަޅުން އެޅުމަށް ބޭނުން ކުރާ އެއްޗެއް. (ކ) މި ބޭނުންކޮށްގެން މަގުގައި ތަޅުން އެޅުން.

asphyxia

އެސްފިކްސިއާ (ނ) ފުއްޕާ މޭގައި ވައި ނެތުމުގެ ސަބަބުން ވާގޮތެއް؛ ނޭވާ ހާސްވެގެން އަނބުރައިގަތުން ނުވަތަ މަރުވުން.

asphyxiate

އެސްފިކްސިއޭޓް (ކ) ނޭވާ ހާސްވުން؛ ނޭވާ ހާސްކޮށްގެން މީހަކު މަރާލުން ނުވަތަ ނޭވާ ހާސްވެގެން މަރުވުން (ނ) asphyxiation

aspic

އެސްޕިކް (ނ) ކުކުޅު ބިހުގެ ނުވަތަ މަހުން ހަދާފައި ހުންނަ ކެއުންތަކުގައި އެތަކެތީގެ ބޭރުގައި ލުމަށް ގެންގުޅޭ ހަލުވިދާގޮތަށް ހުންނަ ޖެލީއެއް.

aspidistra

އެސްޕިޑިސްޓްރާ (ނ) ކޮޅަށް ހިމަ ފުޅާ ދިގު ފަތެއްލީ ބަގީޗާގައި ހައްދާ ގަހެއް.

aspirant

އެސްޕިރަންޓް (ނއ) ކަމަކަށް ވަރަށް ބޮޑަށް އެދުންވެރިވެގެން އުޅޭ މީހާ.

aspirate

އެސްޕިރޭޓް (ނ) ”އެޗް“ ގެ އަޑު.

aspirate

އެސްޕިރޭޓް (ކ) ”އެޗް“ ގެ އަޑާއެކު ބުނުން. ”އެސްޕިރޭޓަރެއް“ ބޭނުން ކޮށްގެން ދެމުން.

aspiration

އެސްޕިރޭޝަން (ނ) 1. ހިތް ވަރަށް ބޮޑަށް އެދޭ ކަމެއް. 2. ކަމަކަށް އެދޭ އެދުން.

aspirator

އެސްޕިރޭޓަރ (ކ) ތަނަކުން ނުވަތަ ކަންވާރަކުން ގޭހެއް ނުވަތަ ދިޔައެއް ދެމުމަށް ބޭނުން ކުރާ ޕަންޕެއް ހިމެނޭ ނުވަތަ ފުމެގެން ބޭނުންކުރާ އެއްޗެއް.

aspire

އެސްޕަޔަރ (ކ) ކަމެއް ޙާޞިލްކުރުމަށް މީހެއްގެ އުއްމީދުތައް އަމާޒުކުރުން؛ މަތީ މަޤާމަކަށް އެދުން.

aspirin

އެސްޕިރިން (ނ) ހުން މަޑުކުރުމަށް ނުވަތަ ތަދު ކެޑުވުމަށް ނުވަތަ ލޭ ދިޔާ ކުރުމަށް ބޭނުން ކުރާ ބޭހެއް.

ass

އޭސް (ނ) ހިމާރު.

ass

އޭސް (ނ) ހުތުރު ބަހުރުވައިން arse

assail

އެސޭއިލް (ކ) ވަރުގަދައަށް މެދުކެނޑުމެއް ނެތި ހަމަލާދިނުން. (ނ) މިފަދަ ހަމަލާދޭ ފަރާތް.assailant

assassin

އެސެސިން (ނ) ސިޔާސީ ނުވަތަ ދީނީ ސަބަބަކަށްޓަކައި، މީހަކު މަރާމީހާ؛ ޚާއްޞަކޮށް މިސަބަބަށް މީހަކު މެރުމަށްޓަކައި އުޖޫރައަކަށް ހިފާ ފަރާތް.

assassinate

އެސެސިނޭޓް (ކ) ދީނީ ނުވަތަ ސިޔާސީ ސަބަބަކަށްޓަކައި މުހިއްމު މީހަކު މަރާލުން. (ނassassination (، assassinator

assault

އެސޯލްޓް (ކ، ނ) ބާރުގަދަ އުދުވާނީ ހަމަލާދިނުން؛ ލަފުޒު ބޭނުން ކޮށްގެން ނަމަވެސް އަނެކާއަށް ޒާތީ ގޮތެއްގައި ދޭ ގަވާއިދާ ޚިލާފު ބަހުގެ ހަމަލާ.

assay

އެސޭ (ކ، ނ) ސިއްކައަށް ނުވަތަ ލާރި ހެދުމަށް ބޭނުން ކުރާ މަޢުދަނުގެ ސާފުކަން ބެލުން. މިގޮތަށް ބަލާ ބެލުން.

assemblage

އެސެމްބްލިޖް (ނ) 1. ޖަމާކުރުން؛ ރޭވުން؛ ވަކި ބައިތައް އެއްކުރުން. މިފަދަ ކަމުގެ މަސްދަރު 2. މިގޮތަށް އެއްކޮށްފައިވާ އެތި.

assemble

އެސެމްބްލް (ކ) 1. ޖަމާކުރުން؛ ރޭވުން؛ 2. ވަކި ބައިތައް އެއްކުރުން.

assembler

އެސެމްބްލަރ (ނ) ދަށް ފެންވަރުގެ އިރުޝާދުތަކުން ކޮމްޕިއުޓަރުގެ އަސާސީ އިރުޝާދުތަކަށް ބަދަލު ކުރާ ކޮމްޕިއުޓަރ ޕްރޮގްރާމް.

assembly

އެސެމްބްލީ (ނ) އެއްކުރެވޭ އެއްކުރުން؛ ވަކި ކަމަކަށް އެއްވެފައިވާ ޖަމާޢަތެއް.

assent

އެސެންޓް (ކ، ނ) ޤަބޫލުވުން؛ އެއްބަސްވުން؛ ތާޢީދު ކުރުން.

assert

އެސާރޓް (ކ) 1. ތެދުކަމަށް އިޢުލާނު ކުރުން؛ މި މާނައިގައި ލަފުޒު ބޭނުން ކުރާއިރު ޢާއްމުކޮށް ތެދުކަމުގެ ހެއްކެއް ނުދައްކާނެއެވެ؛ ހުށަހެޅުން. 2. ފުރިހަމަ ގޮތުގައި ބޭނުން ކުރުން. މީހެއްގެ ޙައްޤުތައް ހޯދައިގަތުން؛ މީހެއްގެ ބާރު ބޭނުން ކުރުން.

assertion

އެސާރޝަން (ނ) ތެދެއްކަމަށް ބުނާ ބުނުން.

assertive

އެސާރޓިވް (ނއ) ތިމާގެ ޙައްޤުތައް ހޯދައިގަންނަ؛ ބާރުގެ ބޭނުން ކުރާ. (ކ) assertively (ނ) assertiveness

assess

އެސެސް (ކ) އެއްޗެއްގެ ނުވަތަ ކަމެއްގެ މިންވަރު ވަޒަން ކުރުން. (ނ) assessor

ވަޒަން ކުރާ ފަރާތް. (ނ)assessment

asset

އެސެޓް (ނ) ދަރަންޏެއް ދެއްކުމަށް ވިއްކާލެވިދާނެ ކޮންމެފަދަ އެއްޗެއް. މުދާ.

asseverate

އެސެވަރޭޓް (ކ) ރަސްމީ ބަހުރުވައިގައި ހެއްކެއް ނެތި ކަމެއް ތެދުކަމަށް ހަރުދަނާ ކަމާއެކު ފާޅުކުރުން ނުވަތަ ބުނުން.

assiduous

އެސިޑުއަސް (ނއ) ހީވާގި އަދި މާޔޫސް ނުވެ ކަމެއް ކުރުމުގައި ދެމި ހުންނަ. ދުއޫބު. (ކއ) assiduously (ނ) assiduity

assign

އެސައިން (ކ) އައްޔަނު ކުރުން؛ ކަމަކަށް ކަޑައެޅުން؛ ކަމެއް ޢަމަލެއް ޙަރަކާތެއް ކުރުމަށް ބުނުން ނުވަތަ އެންގުން ނުވަތަ ހަވާލުކުރުން؛ ޢައްޔަނުކުރުން؛ އެއްޗަކާ ނުވަތަ ކަމަކާ ގުޅޭގޮތަށް ކަންތައްތައް ހަމަޖެއްސުން.

assignable

އެސައިނަބްލް (ނއ) ކަމަކަށް އެއްޗަކަށް ޢައްޔަނު ކުރެވިދާނެ ނުވަތަ ކުރެވޭ.

assignation

އެސިގްނޭޝަން (ނ) 1. ކަމަކަށް އެއްޗަކަށް ”އެސައިން“ ނުވަތަ އައްޔަނު ކުރުން. 2. (ޚާއްޞަކޮށް ލޯބިވެރިއަކާ) ބައްދަލުވުމަކަށް އެއްބަސްވުން.

assignment

އެސައިމެންޓް (ނ) 1. ”އެސައިން“ ކުރެވޭ ކުރުން. 2. މީހަކާ ކުރުމަށް ޙަވާލު ކުރެވޭ މަސައްކަތް؛ ޙިއްޞާ.

assimilate

އެސިމިލޭޓް (ކ) 1. އެއްޗެއްގެ ތެރެއަށް ފެތުރިގެން ނުވަތަ ގިރިގެން ނުވަތަ ވަދެގެން ދިއުން. 2. ސިކުޑީގެ ތެރެއަށް ޢިލްމުގެ ގޮތުގައި ނަގައިގަނެވުން. (ނ) assimilation

assist

އެސިސްޓް (ކ) އެހީތެރިވުން. (ނ) assistance

assistant

އެސިސްޓަންޓް (ނ) އެހީތެރިވާ މީހާ. ފިހާރައެއްގައި ވިޔަފާރިކުރަން އައިސް ތިބި މީހުންނަށް އެހީތެރިވާ ފަރާތް. (ނއ) މަތީ ނުވަތަ އިސް މަޤާމަކަށް އެހީތެރިވެދޭ.

associate

އެސޯސިއޭޓް (ކ) އެހީތެރިއެއްގެ ގޮތުން، ރައްޓެއްސެއްގެ ގޮތުން ނުވަތަ އެކު އުޅޭ ފަރާތެއްގެ ގޮތުން ބައިވެރިވުން. ގިނަ މުޢަމަލާތް ހިންގާ ފަރާތަކަށް ވުން. ގިނައިން ގާތުގައި އުޅުން ނުވަތަ އެކުގައި އުޅުން. ފިކުރުގައި އެއްޗަކާ ނުވަތަ ގުޅިފައި ވުން.

associate

އެސޯސިއޭޓް (ނ) 1. ރައްޓެއްސެއް؛ އެކުގައި އުޅޭ މީހެއް؛ ބައިވެރިއެއް. 2. ޖަމްޢިއްޔާގެ ދަށު ދަރަޖައިގެ މެންބަރެއް. މިފަދަ މެންބަރަކަށް ފުރަ މެންބަރެއްގެ ޙައްޤުތަކެއް ނުލިބެއެވެ.

association

އެސޯސިއޭޝަން (ނ) 1. ޖަމްޢިއްޔާ؛ ރާބިތާ؛ އެއް މަޤްޞަދެއްގައި އެކުއުޅޭ ބައެއް؛ 2. ގުޅުން. 3. ފިކުރީ ގޮތުން ދެއެއްޗެއް (މ. ޚިޔާލެއް) ގުޅުން. މިސާލަކަށް ކަނޑާއި މަސް ގުޅޭ ފަދައިން.

assonance

އެސޮނަންސް (ނ) ބަސްތަކުގެ ފިލި އެއްގޮތްވުން (ކާފިޔާ ހަމަވުމާ ޚިލާފަށް މިގޮތުގައި އަކުރުތައް އެއްގޮތްވާކަށް ނުޖެހެއެވެ. މ. މަނު، ކަރު)

assorted

އެސޯރޓިޑް (ނއ) އެތައް ބާވަތެއްގެ އެއްޗިހި ހިމެނިފައިވާ؛ އެއްގޮތް ނުވާ ނުވަތަ މިޒާޖު ނުގުޅޭ.

assortment

އެސޯރޓްމަންޓް (ނ) އެތައް ބާވަތެއްގެ އެއްޗިހި ހިމެނިގެން އެކުލެވިފައިވާ އެއްޗެއް.

assuage

އެސުއޭޖް (ކ) ކަމަކަށް ލުޔެއް ގެނެސް ދިނުން (މ. ފެންބޮވައި ގަތުމަށް). ނުތަނަވަސްކަން ގެނެސްދޭ ކަމެއް ލުއިކޮށްލަ ދިނުން.

assume

އެސޫމް (ކ) 1. ހެކި ނުވަތަ ސަބަބުނެތި ތެދުކަމަށް ބަލައިގަތުން؛ ކަމެއް ވުމުގެ ކުރިން ހެއްކެއް ނެތި އެކަމެއް ވެދާނެ ކަމަށް ނިންމުން. 2. ޒިންމާއެއް ނެގުން. 3. ކަމެއްގެ ސިފަ ގެނައުން (މ. ސީރިއަސް ކަމަށް ހެދުން).

assuming

އެސޫމިންގ (ނއ) ބާރެއްނެތި މާ މަތީ މީހަކަށް ވެގެން އުޅުން.

assumption

އެސަމްޕްޝަން (ނ) ހެކި ނުދެއްކޭ، ސަބަބު ނުދެއްކޭ ނަމަވެސް ތެދުކަމަށް ހީކުރެވޭ ކަމެއް. ވާނެކަމަށް ދަލީލެއްނެތި ޤަބޫލު ކުރާ ކަން.

assurance

އެޝުއަރަންސް (ނ) 1. ޢަހުދު؛ އިތުބާރު އުފެއްދުމަށްޓަކައި ރަސްމީ ގޮތެއްގައި ކުރެވޭ އިޢުލާނު ނުވަތަ އެއްބަސްވުން. 2. ބާވަތެއްގެ ލައިފް އިންޝުއަރެންސެއް. މިފަދަ އިންޝުއަރެންސެއްގައި މީހާ މަރުވުމުން ނުވަތަ ބަލިވުމުން އިންޝުއަރެންސް ކުންފުނިން ކަޑައެޅިފައިވާ ފަރާތަކަށް ފައިސާ ދޭނެއެވެ. 3. އަމިއްލަ ނަފުސަށް އޮންނަ އިތުބާރު.

assure

އެޝުއަރ (ކ) 1. ވަޢުދުވުން؛ ޔަޤީންކަމާއެކު އިޢުލާނު ކުރުން ނުވަތަ ބުނުން. 2. ކަށަވަރު ކުރެވޭނެ ގޮތް ހެދުން. 3. ލައިފް އިންޝުއަރެންސް އެއް ނެގުން. (މަތީގައިވާ ލަފުޒު ބަލާ).

assured

އެޝުއާރޑް (ނއ) 1. ނަފްސަށް އިތުބާރާއި ޔަޤީންކަން އޮންނަކަން ދައްކާ؛ ޔަޤީންކަމާއެކު ހޯދިދާނެ ނުވަތަ ހާސިލުކުރެވިދާނެ؛ ކަށަވަރު. 2. އިންޝުއަރެންސް ގެ ސަބަބުން ފައިސާ ލިބޭގޮތަށް ހަމަޖެހިފައިވާ.

aster

އެސްޓަރ (ނ) ބަގީޗާގަހެއް. މިގަހުގައި ތަފާތު ކުލަކުލައިގެ ޑޭޒީމާ ފަދަ މައު އަޅައެވެ.

asterisk

އެސްޓެރިސްކް (ނ) ލިޔުމުގައި ވަކި ތަނަކަށް ނުވަތަ އިބާރާތަކަށް ހަވާލާ ދިނުމަށް ނުވަތަ ސަމާލުކަން ދިނުމަށް ބޭނުންކުރާ ނިޝާނެއް: * (ކ) މި ފަދަ ނިޝާނަކުން ފާހަގަ ކުރުން.

astern

އެސްޓާރން (ކއ) އުޅަނދެއްގެ ފަހަތުކޮޅުގައި ނުވަތަ ކޮޅުފަސްކޮޅުގައި ނުވަތަ ފަހަތާ ގާތުގައި.

asteroid

އެސްޓަރޮއިޑް (ނ) އިރު ވަށައިގެން އެނބުރޭ ކުދި ގުރަހަލި؛ ޚާއްޞަކޮށް މާރސް އާއި ޖުޕިޓަރާ ދެމެދު އެނބުރޭ ބޮޑެތި ގާތަކެއްފަދަ ގުރަހަލިތައް؛ ކަވާކިބު

asthma

އެޒްމާ (ނ) ނޭވާލުމަށް އުނދަގޫވާ ދިގުލާ ބައްޔެއް؛ ނޭވާ ހިއްލުން. (ނއ) އެޒްމެޓިކް asthmatic ނޭވާ ހިއްލާ. (ކއ) asthmatically

astigmatism

އެސްޓިގްމެޓިޒަމް (ނ) ތަކެތި ސާފުކޮށް ފެނުމަށް ހުރަސްއަޅާ ލޮލުގެ ބައްޔެއް. މި ބަލި ޖެހުމުން ނުސާފުވަނީ ވަކި ދިމަދިމާއިން އަންނަ އައްޔެވެ. (ނއ) astigmatic (ކއ) astigmatically

astir

އެސްޓަރ (ނއ، ކއ) ޙަރަކާތުގައި؛ ހުއްޓިނެތް.

astonish

(އެސްޓޮނިޝް (ކ) ވަރަށް ބޮޑަށްވާ ހައިރާން. (ނ astonishment

astound

އެސްޓައުންޑް (ކ) ހައިރާން ކުރުވައިގެން ޝޮކު ކުރުވުން. ޝޮކު ކުރުވުމަކީ ހަދާނެ ގޮތް ހުސްވާފަދަ ގޮތަކަށް ކުއްލި ނުތަނަވަސް ކަމެއް ދިނުމެވެ.

astrakhan

އެސްޓްރަޚާން (ނ) (ތޮފި ފަދަ ތަކެތި ހަދަން ބޭނުން ކުރާ) ދެކުނު ރަޝިޔާގެ ކަންބަޅިން ނަގާ ކެހެރިއެއް .

astral

އެސްޓްރަލް (ނއ) ތަރިތަރުގެ؛ ތަރިތަކުން. ނަޖުމީ.

astray

އެސްޓްރޭ (ނއ، ކއ) ރަނގަޅު މަގުން އެކަހެރިވެފައި؛ މަގުފުރެދިފައި.

astride

އެސްޓްރައިޑް (ކއ، ޕޕ) 1. ފައި ދުރުކޮށްގެން. 2. ދެފައި ދެފަރާތަށް ލައިގެން.

astringent

އެސްޓްރިންޖެންޓް (ނއ) ހަށިގަނޑުގެ ހަން ނުވަތަ މަސް ކުރުކުރުވާ؛ ރުޅިއަރުވަން ނުވަތަ ނަފުރަތު ކުރުވާ ފަދަ ގޮތަކަށް ވާހަކަ ދައްކާ ނުވަތަ ލިޔާ. (ނއ) astringency

astrologer

އެސްޓްރޮލޮޖަރ (ނ) ނުޖޫމީ ޢިލްމުގެ މާހިރެއް. މުނައްޖިމް.

astrology

އެސްޓްރޮލޮޖީ (ނ) ވަގުތާއި ތަރިތަކާއި ގުރަހަލިތަކުގެ މައްޗަށް ބިނާކޮށް ވި، ވާ، ވާނޭ ކަންތައްތައް ބުނުމާބެހޭ ޢިލްމު. ނުޖޫމީ ޢިލްމު. ތަންޖީމު. (ނއ) astrological (ކއ) astrologically

astronaut

އެސްޓްރޮނޯޓް (ނ) ސްޕޭސް ނުވަތަ ފަޒާގައި ދަތުރުކުރާ އުޅަނދު ދުއްވަން ދަންނަ މީހެއް.

astronautics

އެސްޓްރޮނޯޓިކްސް (ނ) ފަޒާގައި ދަތުރުކުރުމާ ބެހޭ ސައިންސާއި ޓެކްނޮލޮޖީ އާ ބެހޭ ޢިލްމް.

astronomer

އެސްޓްރޮނޮމަރ (ނ) ފަލަކުގެ ޢިލްމުވެރިޔާ.

astronomical

އެސްޓްރޮނޮމިކަލް (ނއ) ފަލަކުގެ ޢިލްމާބެހޭ؛ ފަލަކީ.

astronomy

އެސްޓޮރޮނޮމީ (ނ) ފަލަކުގެ ޢިލްމު. ތަރިތަކާއި ގުރަހަލި ތަކާ އޭގެ ދައުރުވުމާ ބެހޭ ޢިލްމު.

astute

އެސްޓިއުޓް (ނއ) ޚާއްޞަކޮށް އަމިއްލަ ފައިދާއަށް ޓަކައި، ޙިކުމަތްތެރި. ތިމާއަށް ލާބައެއް ލިބޭނެގޮތް ފަސޭހައިން ދެނެގަންނަ. މާކިރު. (ކއ) astutely (ނ) astuteness

asunder

އެސަންޑަރ (ކއ) ބައިބަޔަށް؛ ވަކި އެތިކޮޅުތަކަކަށް (މ. އިރާލުން).

އެސައިލަމް (ނ) asylum

ސަލާމަތާއި ރައްކާތެރިކަން. ސަލާމަތާއި ރައްކާތެރިކަން ލިބޭ ތަނެއް؛ މަލާޒު.

asymmetrical

އެސިމެޓްރިކަލް (ނއ) ދެފަރާތް ނުވަތަ ދެކޮޅު އެއްގޮތް ނޫން. (ކއ) asymmetrically

asynchronous

އެސިންކްރޮނަސް (ނއ) އެއް ހިދަކު (ކަމެއް) ވާ. އެއް ބާރު މިނެއްގައި ނުވަތަ ދުރުމިނެއްގައި (ކަމެއް) ވާ. (ކއ) asynchronously

at

އެޓް (ޕޕ) 1. ހާލަތު ނުވަތަ މަޤާމު އަންގައިދޭ. (މ. at home  ގޭގައި) 2. އުމުރު، އަގު ނުވަތަ ސައިޒު އަންގައިދޭ. 3. ސަބަބު އަންގައިދޭ 4. މިސްރާބު އަންގައިދޭ.

atavistic

އެޓެވިސްޓިކް (ނއ) އާދަކާދައިގެ ސަބަބުން ކުރާ؛ މިހާރަށް ބޭނުންވެގެން ނުވާ ނުވަތަ އެގޮތަށް ކުރުމަށް ކަޑައެޅިގެންނޫން ގޮތަށް ކުރާ (މ. ކަންތައްތައް).

ate

އޭޓް (ކ) eat ފާއިތުވީ ޒަމާނަށް ނިސްބަތްކޮށް ބުނާގޮތް.

atheist

އޭތިއެސްޓް (ނ) ކަލަކު ވާކަމަށް ގަބޫލު ނުކުރާ މީހެއް. މުލްހިދު. (ނ) atheism (ނއ) atheistic

athlete

އެތްލީޓް (ނ) ކަސްރަތާ ބެހޭ މުބާރާތްތަކުގައި ވާދަކުރާ މޮޅު މީހެއް؛ ކުޅިވަރާއި ކަސްރަތަށް ކުޅަދާނަ މީހެއް.

athletic

އެތްލެޓިކް (ނއ) 1. ކަސްރަތުގައި މޮޅު މީހަކަށް ނިސްބަތްކޮށް. 2. ހަށިގަނޑުގައި ރަނގަޅަށް ހަރު މަސްޖަހާފައިވާ، ޙަރަކާތްތެރި، ވަރުގަދަ. (ކއ) athletically athletics ކަސްރަތު، ޚާއްޞަކޮށް ދުވުމާއި ފުންމުން.

atlas

އެޓްލަސް (ނ) ޗާޓު ހިމެނޭ ފޮތެއް.

atmosphere

އެޓްމޮސްފިއަރ (ނ) 1. ޖައްވު؛ ދުނިޔެ ނުވަތަ އެހެންފަދަ ގުރަހައްޔެއް ނުވަތަ ތަރިއެއް ވަށައިގެންވާ ގޭސްތައް. 2. ކޮންމެ ތަނެއްގައިވެސް ހިމެނޭ ވައި. 3. މާހައުލު. 4. ފިއްތުން މިނަން ގެންގުޅޭ ވަޒަނެއް. އެއް އެޓްމޮސްފިއަރަކީ ޖައްވުގައި ހުންނަ ވައިން ކަނޑުގައި ސަތަހަ އަށް އޮބޭ މިންވަރެވެ. (ނއ) atmospheric ޖައްވީ.

atmospherics

އެޓްމޮސްފެރިކްސް (ނ) 1. ވިދުމުގެ ސަބަބުން ނުވަތަ މިފަދަ ސަބަބަކާހެދި ރޭޑިޔޯ ފަދަ ކަރަންޓް މުވާޞަލާތީ އެއްޗިއްސަށް އަރާ އަޑު. 2. މިފަދަ އަޑު ޖައްވުގައި އުފެދޭ ސަބަބުތައް.

atoll

އެޓޯލް (ނ) މާފުން ނޫން ކަނޑެއް މެދުގައި ހިމެނޭ ވަށްބުރެއް ފަދައިން ވަށާޖެހޭ ގޮތަށް އޮންނަ ފަރު؛ އަތޮޅު.

atom

އެޓޮމް (ނ) ޒައްރާ؛ ޒައްރު؛ ކީމިޔާ އުންސުރެއް އެންމެ ކުޑަކުރެވޭ ބައި.

atomic

އެޓޮމިކް (ނއ) ޒައްރަކަށް ނިސްބަތް ކުރެވޭ. atomic bomb އާއްމުކޮށް ޔުރޭނިއަމް ކިޔާ އުންސުރެއްގެ ޒައްރުތައް ބައިކޮށްގެން އުފައްދާ ވަރަށް ބާރުގަދަ ގޮވާ އެއްޗެއް. atomic energy އާއްމުކޮށް ޔުރޭނިއަމް ކިޔާ އުންސުރަކުން އުފައްދާ ހޫނު. މި ހޫނު އެކި ބާވަތް ބާވަތުގެ ހަކަތައަށް ބަދަލު ކުރެއެވެ.

atomize

އެޓޮމައިޒް (ކ) ކުދި އެތިކޮޅުތަކަކަށް ނުވަތަ ޒައްރާތަކަކަށް ކުޑަކޮށްލުން. (ނ) atomization (ނ) atomizer ދިޔާ ތަކެތި ކުދިކުދި ތިކިތަކަކަށް ބަދަލުކުރާ އެއްޗެއް.

atonal

އެޓޯނަލް (ނއ) މިޔުޒިކުގެ ބާވަތެއް (ވަކި ފްރީކްއެންސީއަކަށް (ކީ އަކަށް) ނުވަތަ ސްކޭލަކަށް ލިޔެފައިނުވާ).

atone

އެޓޯން (ކ) އުނިކަމަކަށް ނުވަތަ ކުށަކަށް ނުވަތަ ކުރެވިފައިވާ ފާފައަކަށް ބަދަލުދިނުން (ބަދަލުގައި ކަމެއް ކުރުން)؛ ކައްފާރާ ދިނުން. (ނ) atonement

atrocious

އެޓްރޯޝަސް (ނއ) ވަރަށް އަނިޔާވެރި، ރަޙުމްކުޑަ. ނުރަސްމީ ބަހުރުވައިގައި ނުރުހެވޭ ނުވަތަ ވަރަށް ނުބައި. (ކއ)atrociously

atrocity

އެޓްރޮސިޓީ (ނ) 1. ނުބައި ނުލަފާކަން. މިފަދަ ޢަމަލެއް. 2. ވަރަށް ނަފުރަތު ކުރެވޭ ކަމެއް.

atrophy

އެޓްރޮފީ (ނ) ބޭނުން ނުކުރުމުގެ ސަބަބުން ނުވަތަ ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން (މ. މަސް) ވިރިގެން، ނެތިގެން ދިއުން. (ކ) މިގޮތަށް ވިރިގެން ދިއުން.

attaboy

އެޓަބޯއި (އިންޓަރޖެކްޝަން) އެމެރިކާގެ ބަހުރުވައިގައި ރަނގަޅު ކަމެއް ކުރުމުގެ ސަބަބުން ދޭ ސާބަހެއް ނުވަތަ ހިތްވަރު ދިނުމެއް.

attach

އެޓޭޗް (ކ) 1. އެއްޗަކާ ގުޅުވުން. 2. މެންބަރެއްގެ ގޮތުން ނުވަތަ ރައްޓެއްސެއްގެ ގޮތުން ބައިވެރިވުން؛ މީހަކު ވަކި ގްރޫޕަކަށް ހަމަޖެއްސުން. 3. ކަމަކަށް ނިސްބަތް ކުރުން (މ. އަހަރެން ރާއެރުމަށް މުހިއްމުކަން އެޓޭޗް ކުރަމެވެ). 4. ނަފްސާނީ ގޮތުން ގުޅުން. 5. ދަރަންޏެއް ނުދެއްކުމުގެ ސަބަބުން ޤާނޫނީ ގޮތުން މީހެއްގެ މުދާ  އަތުލުން.

attache

އެޓަޝޭ (ނ) ސަފީރަކަށް ވަކި ކަމެއްގައި އެހީތެރިވެދޭ މީހެއް. attaché case ތަފާތު ވައްތަރުގެ ވިޔަފާރިއާ ބެހޭ ލިޔުންލާ ހަތަރެސްކަން ކުޑަ ފޮށްޓެއް.

attached

އެޓޭޗްޑް (ނއ) 1. ގުޅިފައި، ގުޅުވާފައި. 2. ލޯބީގެ ގޮތުން ގުޅިފައި.

attachment

އެޓޭޗްމަންޓް (ނ) 1. ގުޅާފައިވާ އެއްޗެއް. 2. އެއްކޮށްފައިވާ އިތުރުބައެއް. 3. ލޯބި.

attachment earnings ދަރަނިވެރިވެފައިވާ މީހަކަށް ލިބެން ހުރި ފައިސާއެއް ދަރަނި އަދާ ކުރުމަށްޓަކައި އޭނާއަށް ލިބުމުގެ ކުރިން ޤާނޫނީ ގޮތުން ހޯދުން .

attack

އެޓެކް (ކ) 1. ތަޅާފޮޅުމެއް، ހަމަލާއެއް ފެށުން. 2. އަނިޔާވެރިކޮށް ޙަރަކާތްތެރިވުން. 3. ވަރަށް ބޮޑަށް ކުށްހޯދުން. 4. އެއްޗެއް އަނެއްކައްޗަކަށް ބޮޑަށް އަސަރު ކުރާ ގޮތަކަށް މަސައްކަތް ކުރުން. (މ. ރާހުތް ހިރިއަކަށް އެޅީމާ ވާގޮތަށް). (ނ) 1. އަނިޔާއެއް ދިނުމަށް ފަށާ ޙަރަކާތެއް. 2. ކަމަކާ ދޭތެރޭ ހޯދާ ކުށް. 3. ކުއްލިއަކަށް ވާ ބަލި. (ނ) attacker

attain

އެޓެއިން (ކ) ކަމެއް ކުރުމުގައި ނުވަތަ ހޯދުމުގައި ކާމިޔާބުވުން ނުވަތަ ކާމިޔާބު ހޯދުން.

attainable

އެޓެއިނަބްލް (ނ) ޙާޞިލް ކުރެވޭ/ކުރެވިދާނެ.

attainment

އެޓެއިންމަންޓް (ނ) 1. ކަމެއް ކުރުމުގައި ނުވަތަ އެއްޗެއް ހޯދުމުގައި ވެފައިވާ ކާމިޔާބު. 2. ތިމާ އަމިއްލައަށް ޙާޞިލް ކުރާ ކަމެއް.

attar

އެޓަރ (ނ) އަތަރު؛ މާމަލުން އުފައްދާ މީރުވަސް ދުވާ ތެލެއް.

attempt

އެޓެމްޕްޓް (ކ) ކަމެއް ޙާޞިލް ކުރުމަށް މަސައްކަތް ކުރުން. (ނ) ކަމެއް ޙާޞިލް ކުރަން ކުރެވޭ މަސައްކަތް.

attend

އެޓެންޑް (ކ) 1. މީހެއްގެ ޚިޔާލު، ސަމާލުކަން ނުވަތަ ފިކުރު ވަކި ކަމަކަށް އަމާޒު ކުރުން. 2. އަޅާލުން. 3. ހާޒިރުވުން؛ ޢާއްމުކޮށް ތަނަކަށް ދިއުން. 4. އެޓެންޑަންޓް (ތިރި ބަލާ!) އެއްގެ ގޮތުގައި އެކުގައި ދިއުން.

attendance

އެޓެންޑެންސް (ނ) 1. ތަނަކަށް ހާޒިރުވާ ހާޒިރުވުން. 2. ހާޒިރުވެ ތިބި މީހުންގެ ޢަދަދު.

attendant

އެޓެންޑެންޓް (ނ) 1. އެހީތެރިވާން ކައިރީގައި އުޅޭ މީހެއް. (ނއ) އެކުގައިވާ؛ ގުޅޭ.

attention

އެޓެންޝަން (ނ) 1. ސަމާލުކަން؛ ފިކުރީ ސަމާލުކަން؛ މީހެއްގެ ވިސްނުން ކަމަކަށް އަމާޒުކުރާ ކުރުން. 2. ވާނުވާ އެގޭ އެގުން. 3. އަޅާޅުން. 4. ސިފައިންގެ މީހެއް، ސަމާލުވެގެން ހުންނަ ގޮތް: ހަށިގަނޑު ތެދަށް، އަތް ތިރިކޮށްގެން. (އިންޓަރޖެކްޝަން: ގޮވާލުން) ސަމާލުކަމަށް އެދި ނުވަތަ ސިފައިން ސަމާލުވެގެން ހުންނަ ގޮތަށް ހުރުމަށް ގޮވާ ގޮވުން. attentiveness މީހަކު އަނެކާއަށް ކޮށްދޭ އަޅާލުމުގެ ކުދިކުދި ޢަމަލުތައް.

attentive

(އެޓެންޓިވް (ނއ) 1. ހުޝިޔާރުވެގެން؛ ސަމާލުވެގެން. 2. އިޙްތިރާމް ކުރުމުގެ ގޮތުން ނުވަތަ އެހެންވެސް ސަބަބަކާ ހެދި އަނެކާއަށް އަޅާލައިގެން ހުންނަ. (ކއ attentively (ނ) attentiveness

attenuate

އެޓެނުއޭޓް (ކ) 1. ހިމަ/ތުނި ކުރުން. 2. އެއްޗެއްގެ ބާރު ދަށްކުރުން. (ނ) attenuation

attest

އެޓެސްޓް (ކ) 1. ސާފު ހެކި ދެއްކުން. 2. ތެދުކަމަށް ނުވަތަ ޙަޤީޤީ އެތި ކަމަށް އިޢުލާނު ކުރުން ނުވަތަ ރަސްމީގޮތެއްގައި ފާޅުކުރުން ނުވަތަ ސާބިތުކުރުން (ނ) attestation

attire

އެޓަޔަރ (ނ) ރަސްމީ ބަހުރުވައިގައި ހެދުން ނުވަތަ އަންނައުނު. (ކ) ހެދުން އެޅުން.

attitude

އެޓިޓިއޫޑް (ނ) 1. އެއްޗަކާ ނުވަތަ ކަމަކާ ދޭތެރޭ ޚިޔާލު ހުންނަގޮތުން މީހެއްގެ ޢަމަލުތައް ހުންނަގޮތް؛ ފިކުރުކުރާ ނުވަތަ އުޅޭ ގޮތް؛ ކަންތައްތަކާ މެދު ދެކޭ ގޮތް؛ 2. ހަށިގަނޑު ގެންގުޅޭ ގޮތް (ޚާއްޞަކޮށް އެހެން މީހުންނާ މުޢާމަލާތް ކުރާގޮތް.) ރަވައްޔާ

attorney

އެޓަރނީ (ނ) ވަކީލު؛ ވިޔަފާރީގެ ނުވަތަ ޤާނޫނީ މައްސަލަ ތަކާ ގުޅޭގޮތުން މީހެއްގެ ބަދަލުގައި އައްޔަނު ކޮށްފައިވާ މީހެއް.

attract

އެޓްރެކްޓް (ކ) 1. ނުފެންނަ ބާރެއްގެ ސަބަބުން އެއްޗަކާ ކައިރިއަށް ގެނައުން؛ ދެމުން. 2. ސަމާލުކަން ހޯދުން. 3. އުފާ ނުވަތަ ޝައުޤުވެރިކަން މަތިކުރުން.

attraction

އެޓްރެކްޝަން (ނ) 1. ދެމުން. 2. އެއްޗެއް ”އެޓްރެކްޓް“ (މަތި ބަލާ!) ކުރުމުގެ ބާރު ލިބިގެންވާ. 3. ސަމާލުކަން ނުވަތަ ޝައުޤުވެރިކަން ހޯދައިގަންނަ ބާރު ހުންނަ އެއްޗެއް.

attractive

އެޓްރެކްޓިވް (ނއ) ޖާޒުބިއްޔަތު ހުރި؛ ދެމުމުގެ ބާރު ހުރި؛ ސިފަ ހިތްގައިމު؛ ކުރާ އަސަރު ހިތްގައިމު. (ނ) attractiveness (ކއ) attractively

attribute

އެޓްރިބިއުޓް (ކ) އެއްޗެއްގެ އުފެދުމާއި ނުވަތަ އެ އެއްޗަކާ ގުޅިފައިވާ ކަމަށް ބެލުން؛ ނިސްބަތް ކުރުން. (މ. މިޅެން ’އެޓްރިބިއުޓް‘ ކުރެވެނީ މުޙައްމަދަށެވެ: މިޅެން އުފެއްދީ މުޙައްމަދެވެ.) (ނ) attribution (ނއ) attributable

attribute

އެޓްރިބިއުޓް (ނ) 1. އެއްޗެއްގައި ނުވަތަ މީހެއްގެ ކިބައިގައި ހުންނަ ޠަބީޢީ ސިފައެއް؛ ސިފަ. 2. އެއްޗެއްގެ ނުވަތަ މީހެއްގެ ކިބައިގައި ހުންނަންޖެހޭ/ހުންނަ ސިފައެއް .

attributive

އެޓްރިބިއުޓިވް (ނއ) ނަމަކަށް އިތުރު ސިފައެއް ގެނައުމުގެ ގޮތުން ނަމުގެ ކުރީގައިވާ ލަފުޒު. (މ. ’މުސްކުޅި ބުޅާ‘ ގައި މުސްކުޅި( (ކއ) attributively

attrition

އެޓްރިޝަން (ނ) 1. އުގުޅައިގެން އެއްޗެއް ގޭނުން ނުވަތަ ކޮނުން. 2. ހަނގުރާމައެއްގެ އިދިކޮޅު ބާރު ދަށް ކުރުމަށް ލަސްލަހުން ނަމަވެސް ހުއްޓުމެއްނެތި ދަތިކުރަމުން ދިއުން.

aubergine

އޯބަރޖީން (ނ) 1. ދަނބުކުލައިގެ ބަށި. 2. މިކުލަ.

aubrietia

އޯބްރީޝާ (ނ) ބަހާރު މޫސުމުގައި ދަނބު/ވައިލެޓު ކުލައިގެ މައުއަޅާ ގެއްސެއް.

auburn

އޯބާރން (ނއ) (އިސްތަށީގެ) ރަތް މުށި ކުލަ.

auction

އޯކްޝަން (ނ) އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަކަށް ތަކެތި ވިއްކާ އެންމެންނަށް ބައިވެރިވެވޭ ވިއްކުމެއް. ނީލަން. (ނ) ނީލަން ކިޔުން. (ނ) auctioneer ނީލަން ކިޔާ މީހާ.

audacious

އޮޑޭޝަސް (ނއ) ބިރު ކުޑަ؛ ޖެހިލުން ކުޑަ، ޚާއްޞަކޮށް އާދަކާދައާ އިދިކޮޅަށް ކަމެއް ކުރަން ޖެހިލުންކުޑަ/ހަޔާތްކުޑަ. (ކއ) audaciously (ނ) audacity

audible

އޯޑިބްލް (ނއ) އިވޭހާ އަޑު ގަދަ. (ކއ) audibly (ނ) audibility

audience

އޯޑިއަންސް (ނ) 1. އެއްޗެއް އަޑުއަހަން ނުވަތަ ބަލަން އެއްވާ ރެސް؛ ހާޒިރީން. 2. އިވޭ ހިސާބުގައިވާ މީހުން. 3. މުހިއްމު މީހަކާ އެކު ކުރެވޭ ޚިޔާލު ބަދަލު ކުރުމެއް.

audio

އޯޑިއޯ (ނ) 1. އެހެން ވަގުތަކު އަދި ތާކު ކޮންމެވެސް ސާމާނެއް ބޭނުން ކޮށްގެން ގެންނަ ނުވަތަ އިވޭ ކުރީގެ އަޑުތައް. 2. އެގޮތަށް އަލުން އަޑު ނެރޭ ނެރުން.

Audio-visual

އޯޑިއޯވިޜުއަލް (ނއ) ކިޔަވައިދޭން ބޭނުން ކުރާ ތަކެއްޗާބެހޭ ގޮތުން އަޑާއި މަންޒަރު ހިމެނޭ.

audit

އޯޑިޓް (ނ) ރަސްމީގޮތުން ހިސާބުތައް ރަނގަޅުތޯ ޗެކުކުރުމަށް ބަލާ ބެލުން. (ކ) މިމަޤްޞަދަށްޓަކައި ކަމެއް ބެލުން.

audition

އޮޑިޝަން (ނ) 1. ތަމްސީލުކުޅެން ނުވަތަ ފިލްމު ކުޅެން ބޭނުންވާ މީހެއްގެ ހުނަރުވެރިކަން ބަލާލުމުގެ ގޮތުން ބައެއް ކަންކަން ކުރުވުން. 2. މިގޮތަށް ކުރެވޭ އިމްތިޙާނު.

auditor

އޮޑިޓަރ (ނ) އޮޑިޓް ނުވަތަ ހިސާބުތައް ރަނގަޅުތޯ ޗެކް ކުރާމީހާ.

auditorium

އޮޑިޓޯރިއަމް (ނ) ތަމްސީލެއް ފަދަ އެއްޗެއް ބަލަން ނުވަތަ އެއްޗެއް އަޑުއަހަން ޢިމާރާތެއްގައި މީހުން އިށީދެގެން ތިބޭތަން.

auger

އޯގަރ (ނ) ލަކުޑީގައި ލޯވަޅު ތޮރުފަން ގެންގުޅޭ އާލަތެއް. ފޮނުމަތް.

augment

އޯގްމަންޓް (ކ) ބޮޑުކުރުން؛ އެއްޗަކަށް އެއްކުރުން. (ނ) augmentation

au gratin

އޯ ގްރަޓިން (ނއ) ފާރޮށިކުނޑި ނުވަތަ/އާއި ޗީޒް ބޭރުގައި އުނގުޅައިގެން ފިހެފައި. މިއީ ބައެއް ބާވަތުގެ ކާނާގެ ބޭރު ފަރާތަށް ކުރާ ކަމެކެވެ.

augur

އޯގަރ (ކ) މުސްތަޤްބަލްގައި ވާން ހުރި ކަމެއްގެ ނިޝާނަކަށް ވުން؛ ކަމެއް ވުމުގެ ނިޝާނަކަށް ވުން. ކަމެއް ވުމުގެ ކުރިން އެކަން ވާނެކަން ލަފާކޮށް ބުނުން؛ (ނ) ވާން ހުރި ކަންތައް ބުނާ މީހާ.

august

އޮގަސްޓް (ނއ) ހައިބަތު ހުރި.

auk

އޯކް (ނ) އުތުރުގެ ސަރަހައްދު ތަކުގައި ދިރިއުޅޭ ފީނާ ދޫންޏެއް. މިދޫނީގެ ފިޔަގަނޑު ވަރަށް ކުޑަވާނެއެވެ.

auld lang syne

އޯލްޑް ލޭން ޒަން/ސައިން (ނ) މާޒީގެ ދުވަސްތަކަށް މިހާރު ނިސްބަތްކުރާ ޢިބާރާތެއް. ކުރިން މިއީ ޅެމެކެވެ. އިހުގެ ދުވަސްތައް.

aunt

އާންޓް (ނ) މަންމަ ނުވަތަ ބައްޕަގެ ދައްތަ ނުވަތަ އަންހެން ކޮއްކޮ. ބޮޑު ދައިތަ. އިނގިރޭސި ބަހުގައި މަންމަ ނުވަތަ ބައްޕަގެ ފަހަރިއަށް ވެސް މިހެން ކިޔައެވެ. ބައެއް ފަހަރު މި ސްޕެލިންވެސް ބޭނުން ކުރެއެވެ: aunty

au pair

އޯ ޕެއަރ (ނ) ކެއުމާއި އުޅޭނެ ތަނެއް ދޭގޮތަށް ގޭގައި އެހީވާން އުޅޭ ބިދޭސީ (ކިޔަވާ އަންހެން) ކުއްޖެއް.

aura

އޯރާ (ނ) މީހެއްގެ ވަށައިގެން އުފެދޭ މާޙައުލު. މި މާޙައުލުގެ އަޞްލަކީ މީހާގެ ފަރާތުން އަންނަ އަސަރެއް/އައްޔެއް ކަމަށް ބެލެވެއެވެ.

aural

އޯރަލް (ނއ) ކަންފަތުގެ؛ އިވުމުގެ. (ކއ) aurally

au revoir

އޯ ރެވަރ (ނ) އަލްވަދާޢު؛ ދެން ބައްދަލުވަންދެން ވަކިވަނީކަން ބުނަން ބޭނުންކުރާ ކަލިމައެއް.

aurora

އައުރޯރާ (ނ) އުތުރާއި ދެކުނުގެ ސަރަހައްދު ތަކުގެ އުޑުން އިރު އޮއްސުމަށްފަހު ފެންނަ ފުޅާ އަލި ދޯދި ތަކެއް. މިއަލި އުފެދެނީ ހަވާގައި ހުންނަ ކަރަންޓެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.

auspicious

އޮސްޕިޝަސް (ނއ) ކާމިޔާބުގެ އިޝާރާތްތަކާއި ނިޝާންތައް ދައްކާ (މ. ދުވަސް)؛ ވަގުތުގެ ގޮތުން ނުވަތަ ސާޢަތުގެ ގޮތުން ސުބު (ޝުބު) ނުވަތަ ހެޔޮ ނުވަތަ މަންފާހުރި، ބާއްޖަވެރި، މައިމޫން.

austere

އޮސްޓިއަރ (ނއ) ޒީނަތަށް، އަރާމަށް ބޭނުންވާ ކަންތައްތައް ނުހިމެނޭ؛ ސާދާ ވަރަށް އާދައިގެ. (މ. ދިރިއުޅުން؛ ގެދޮރު). (ކއ) austerely

austerity

އޮސްޓެރިޓީ (ނ) ފަރުމާކުރުމުގައި ހިމެނޭ ސާދާކަން؛ ކޮންމެހެން ބޭނުން ނުވާ ކަންތައްތަކުން ނުވަތަ އެއްޗެތި ހިމެނިގެން ނުވުން؛ ދަތިކަމުން ނުވަތަ އެހެންވެސް ސަބަބަކާހުރެ ކޮންމެހެން ބޭނުންވާ ތަކެތި ހޯދައިގެން އުޅޭ ޙާލަތެއް

authentic

އޯތެންޓިކް (ނއ) އަޞްލު؛ ޙަޤީޤީ؛ ކޮޕީކޮށްފައި ނުވާ؛ ނަކަލެއްގެ ގޮތުގައި ހަދާފައި ނުވާ؛ ތެދުކަން ޔަޤީންވާ؛ މުޢުތަބަރު؛ ޙަޤީޤީ (ނ) authenticity

authenticate

އޯތެންޓިކޭޓް (ކ) އެއްޗެއްގެ ޞައްޙަކަން ކަށަވަރު ކުރުން. (ނ) authentication

author

އޯތަރ (ނ) 1. ފޮތެއް، ފަތެއް ފަދަ އެއްޗެއް އެކުލަވާލާ ފަރާތް. މުސައްނިފު. 2. ސިޔާސަތެއް ގަވާއިދެއް ފަދަ އެއްޗެއް އެކުލަވާލާ ފަރާތް. އަންހެނެއްނަމަ authoress

authoritarian

އޮތޮރިޓޭރިއަން (ނއ) ޒާތީ މިނިވަންކަމަށް ތަރުޙީބު ނުދީ ހުރިހާ ކަމެއްގައި ވެރިކަމުގެ ބާރަށް ބޯލަންބާ. (ނ) މި އުޞޫލަށް ތާޢީދު ކުރާ މީހެއް.

authoritative

އޮތޮރިޓޭޓިވް (ނއ) އޮތޯރިޓީ [ތިރި ބަލާ!] ލިބިފައިވާ ނުވަތަ ބޭނުންކުރާ. (ކއ) authoritatively

authority

އޮތޯރިޓީ (ނ) 1. އަމުރު ކުރުމުގެ ނުވަތަ އެހެން މީހުން ތަބަޢަވުމުގެ ނުވަތަ ވަކި ޢަމަލެއް ހިންގުމުގެ ބާރު. 2. މިބާރު ލިބިގެންވާ މީހެއް ނުވަތަ ބައެއް. 3. ވަކި ކަމެއްގެ ޢިލްމު ލިބިގެންވާ މީހެއް؛ ޞައްޙަ މަޢުލޫމާތު ލިބޭ ފޮތެއް.

authorize

އޮތޮރައިޒް (ކ) 1. މީހަކަށް ނުވަތަ އެއްޗަކަށް އޮތޯރިޓީ [މަތިބަލާ!] ދިނުން. 2. ކަމެއް ކުރުމަށް ހުއްދަ ދިނުން.

autistic

އޯޓިސްޓިކް (ނއ) ބާވަތެއްގެ ނަފްސާނީ ބައްޔެއް ޖެހިފައިވާ. މިބަލި ޖެހުމުން މީހާގެ އަމިއްލަ ހުވަފެނީ ދުނިޔެއެއްގައި އުޅޭ ފަދައެވެ. އެހެން މީހުންނާ މުޢާމަލާތްކުރުން މަދުވެ، ވަށައިގެންވާ މާހައުލަށް ސަމާލުކަން ނުދެވެއެވެ. (ނ) autism އޯޓިޒަމް: މި ބަލި.

autobiography

އޮޓޯބަޔޮގްރާފީ (ނ) މީހަކު އޭނާ އަމިއްލައަށް އޭނާގެ ޙަޔާތުގެ މައްޗަށް ލިއެފައިވާ ލިއުމެއް. ޒާތީ ސިޔަރަތު. (ނއ) autobiographical

autoclave

އޮޓޯކްލޭވް (ނ) 1. މަތީ ހޫނުމިނުގައި އަދި ފިއްތުމުގައި ކެމިކަލް އެއްކުރާ ކަންވާރެއް. 2. ވަރަށް ހޫނު، ފިއްތާފައި ހުރި އާވިން ތަކެތީގައިވާ ޖަރާސީމު މަރަން ގެންގުޅޭ އާލަތެއް.

autocracy

އޮޓޯކްރެސީ (ނ) 1. އެކަކު ހިންގާ ވެރިކަމެއް. 2. ހިންގާ ފަރާތަށް އެއްވެސް ކަމެއްގައި ޙައްދެއްނެތް ބާރު ލިބިފައިވުން. 3. މިފަދަ ގޮތަކަށް ހިންގާ ގައުމެއް.

autocrat

އޮޓޯކްރެޓް (ނ) ވަރަށް ބޮޑު ނުފޫޒަކާއި ބާރެއް ލިބިފައިވާ މީހެއް. މިފަދަ މީހަކު ކުރާ ކަމެއް އެއްވެސް ފަރާތަކުން ކޮންޓްރޯލް ކުރެވޭ ގޮތެއް ނޯވެއެވެ. (ނއ) autocratical (ކއ) autocratically

autocross

އޮޓޯކްރޮސް (ނ) މީހުން މަދުން އުޅޭ ހިސާބުން ޖަހާ ކާރު ރޭސް.

autograph

އޮޓޮގްރާފް (ނ) 1. މީހެއްގެ އަތުލިއުން ނުވަތަ އޭނާގެ ސޮއި. 2. ލިއުންތެރިއެއް އޭނާގެ އަމިއްލަ އަތުން ލިޔެފައިވާ ފޮތެއް ނުވަތަ ފަތެއް. 3. ލިޔުނު ފަރާތުން ސޮއިކޮށްފައިވާ ފަތެއް. (ކ) މީހެއްގެ އަތުލިއުމުން އެއްޗެއްގައި ނަން ލިއުން ނުވަތަ ސޮއި ކުރުން.

automate

އޮޓޮމޭޓް (ކ) އަމިއްލަ ޒާތުގައި ކޮންޓްރޯލް ކުރާ ނުވަތަ ހިންގާ ގޮތަށް އެއްޗެއް ހެދުން.

automatic

އޮޓޮމެޓިކް (ނއ) 1. އިންސާނެއް ކޮންޓްރޯލް ކުރުމެއްނެތި އަމިއްލައަށް މަސައްކަތް ކުރާ. އަމިއްލަ އަށް މަތަ ކުރާ ނުވަތަ ހަމަކުރާ. 2. ބަޑިއެއްގެ ޓްރިގަރ ނުވަތަ ބަޑިޖަހަން އޮބާލާ ފާލު/ޒިނާދު ދޫނުކޮށްލަންދެން އުންޑަ ނުވަތަ ވަޒަން ފޮނުވާ. 3. ވިސްނުމެއް ނެތި އާދަވުމުގެ ސަބަބުން ކުރާ. (ނ) އޮޓޮމެޓިކުން މަސައްކަތް ކުރާ މެޝިނެއް، ބަޑިއެއް ފަދަ އެއްޗެއް. އޮޓޮމެޓިކް ގިއަރު ހުންނަ އުޅަނދެއް. (ކއ) automatically

automation

އޮޓޮމޭޝަން (ނ) ފިކުރީ ނުވަތަ ޖިސްމާނީ ޙަރަކާތް މަދުކުރަން އޮޓޮމެޓިކް ތަކެތި ބޭނުން ކުރާ ކުރުން.

automaton

އޮޓޮމެޓޯން (ނ) އެއްވެސް އަމިއްލަ ޚިޔާލެއް ނެތި ހަރަކާތްތެރިވާ އިންސާނެއް.

automobile

އޮޓޮމޮބީލް (ނ) އެމެރިކާގެ ބަހުރުވައިގައި ކާރެއް.

automotive

އޮޓޯމޮޓިވް (ނއ) ކާރާބެހޭ.

autonomous

އޮޓޯނޮމަސް (ނއ) އަމިއްލައަށް އިންތިޒާމްތައް ހިންގާ (މ. ޖަމްޢިއްޔާއެއް) autonomous government މިނިވަން؛ އަމިއްލަ ސަރުކާރު.

autopsy

އޮޓޮޕްސީ (ނ) މީހަކު މަރުވި ސަބަބު ދެނެގަތުމަށްޓަކައި ޤަބުރު ފަޅާ ފެޅުން.

autumn

އޯޓަމް (ނ) ޚަރީފު މޫސުން. ހޫނު މޫސުމާ ފިނި މޫސުމާ ދެމެދު އޮންނަ ފިނިކަން ގަދަވަމުންދާ މޫސުން. (ނއ) autumunal (ކއ) autumnally

auxiliary

އޮގްޒިލިޔަރީ (ނއ) އެހީތެރިކަން ނުވަތަ ހިތްވަރު ދޭ. (ނ) އެހީތެރިކަން ދޭ މީހާ. auxiliaries ހަނގުރާމައެއްގެ ޤައުމަކުން ބޭނުންކުރާ ބިދޭސީ އެހެން ޤައުމުތަކުގެ ފައުޖުތައް.

avail

އެވެއިލް (ކ) އެހީތެރިކަން ފޯރުކޮށްދިނުން ނުވަތަ މަންފާއެއް ލިބޭގޮތް ހެދުން. (ނ) ފައިދާއެއް ނުވަތަ އަސަރެއް. (މ. (it is of no avail

available

އެވެއިލަބްލް (ނއ) ހޯދިދާނެ؛ ބޭނުން ކުރެވިދާނެ ނުވަތަ ހޯދިދާނެ ހާލަތެއްގައި.

avalanche

އެވަލާންޗް (ނ) 1. ފަރުބަދައެއްގެ އަރިމަތިން އޮހިގެން އަންނަ ސްނޯ ނުވަތަ ގައުތަކެއް؛ ބަހްމަން، އިންހިޔާރު؛ 2. ފައިބައިގަންނަ ނުވަތަ އަންނަ ބައިވެރި އެއްޗިހި ތަކެއް (މ. ސިޓީ).

avant-garde

އަވާންގާރޑް (ނއ) (ޚާއްޞަކޮށް ކުރެހުމާ ލިޔުންތަކުގައި ބޭނުން ކުރާ) ވަރަށް މިޒަމާނުގެ ފޭޑި ނުވަތަ އުސްލޫބު. (ނ) މިފަދަ ގޮތަކަށް ލިޔާ ލިޔުންތެރިން.

avarice

އެވެރިސް (ނ) ފައިދާއެއް ހޯދުމަށް ހުންނަ ދަހިވެތިކަން. (ނއ) avaricious (ކއ) avariciously

avenge

އެވެންޖް (ކ) ކަމަކަށް ބަދަލު ހިފުން؛ އިންތިޤާމް. (ނ) avenger

avenue

އެވަނޫ/އެވަނިޔު (ނ) 1. ފުޅާ މަގެއް. 2. ކަމެއް ކުރުމަށް ފަހިވާނޭ ގޮތެއް ނުވަތަ ކުރިއަރައިގެން ދެވޭނޭ ގޮތެއް.

average

އެވަރިޖް (ނ) 1. ޢަދަދުތަކެއް އެއްކުރުމުން ނުކުންނަ ޖުމްލަ، ހިމެނޭ ޢަދަދުތަކުގެ ޢަދަދުން ގެއްލުމުން ނުކުންނަ ނަތީޖާ. 2. ޢާއްމު ގޮތެއްގައި އެއްޗެއް ހުންނަ ފެންވަރު ނުވަތަ ބޮޑު/ކުޑަމިން. (ނ) 1. އެވަރިޖް ހޯދައިގެން ނުކުތް. (ކ) 1. އެއްޗެއްގެ އެވަރޭޖް ހޯދުން. 2. އެވަރިޖެއްގެ ގޮތުން އުފައްދަން ޖެހުން.

averse

އެވާރސް (ނއ) ކަމަކާ ބޮޑަށް އިދިކޮޅުވެފައި؛ ނުރުހެވިފައި. ޝައުޤުވެރިކަމެއް ނުވެފައި ކުރާހިތް ނެތިފައި. (މ. މީހަކު މަސައްކަތަކަށް)

aversion

އެވާރޝަން (ނ) ވަރަށް ބޮޑަށް ކަމަކަށް ނުރެހެވޭ ނުރުހެވުން؛ ކަމަކަށް ހުންނަ ނަފުރަތު. މިގޮތަށް ނަފުރަތު ކުރެވޭ އެތި ނުވަތަ މީހާ.

avert

އެވާރޓް (ކ) (މ. ނަޒަރު) އަބުރާލުން؛ ކަމެއް ވިޔަ ނުދިނުން.

aviary

އޭވިއަރީ (ނ) ދޫނި ގެންގުޅެން ހަދާފައި ހުންނަ ބޮޑު ކޮށްޓެއް ނުވަތަ ޢިމާރާތެއް.

aviation

އޭވިއޭޝަން (ނ) މަތިންދާ ބޯޓު ދުއްވުމުގެ ފަންނު.

aviator

އޭވިއޭޓަރ (ނ) ޕައިލޮޓް؛ ކުރީ ޒަމާނުގައި މަތިންދާ ބޯޓު ދުއްވާ މީހެއް ނުވަތަ އޭގެ ފަޅުވެރިއެއް.

avid

އެވިޑް (ނއ) ކުރާހިތްވާ؛ ދަހި (މ. ފޮތްކިޔަން)؛ ނަހިމް. (ކއ) avidly (ނ) avidity

avionics

އެވިއޯނިކްސް (ނ) މަތިންދާބޯޓު ދުއްވުމުގައި އިލެކްޓްރޮނިކްސް ސާމާނު ބޭނުން ކުރާ ކުރުން؛ މިފަދަ ސާމާނު.

avocado

އެވޮކާޑޯ (ނ) ހޫނު ތަންތާނގައި ހެދޭ މޭވާއެއް. މި މޭވާގެ ތިރީކޮޅު ފަލަވެފައި ބޮޑު އޮށެއް ވެއެވެ.

avoid

އެވޮއިޑް (ކ) 1. ހިތް ނޭދެވޭ ނުވަތަ ނުރައްކާތެރި ޙާލަތަކުން ދުރުގައި ހުރުން. 2. އެއްކިބާވުން. (ނ) avoidance

avoidable

އެވޮއިޑަބްލް (ނއ) ރެކިދާނެ، އެއްކިބާވެވިދާނޭ.

avoirdupois

އެވަރޑުޕޮއިސް (ނ) ބަރުދަން މިނާ ނިޒާމެއް. މި ނިޒާމުގައި ބަރުދަނުގެ އަސާސީ ވަޒަނަކަށް ބަލަނީ އެއް ރާތަލެވެ. ސޯޅަ އައުންސުން ރާތަލެކެވެ.

avow

އެވައު (ކ) ރަސްމީ ގޮތުން އިޢުލާނު ކުރުން. އެއްބަސްވުން. (ނ) avowal (ކއ) avowedly

avuncular

އެވަންކްޔޫލަރ (ނއ) ހެޔޮ ބޮޑުބޭބޭއެއް ފަދައިން (ކ) ހެޔޮ ބޮޑު ބޭބެއެއް ފަދަ.

await

އެވެއިޓް (ކ) އެއްޗަކަށް ނުވަތަ މީހަކަށްޓަކައި މަޑުކުރުން.

awake

އެވޭކް (ކ) ނިދިން ހޭލެވުން. (ނއ) ނިދީގައި ނުވުން؛ ވާނުވާ އެނގުން؛ ވަމުންދާ ކަންތަކަށް ސަމާލުކަން ދެވިފައިވުން؛ އެވޭކަން (ކ) awaken ހޭލެވުން؛ (ނ) awakening.

award

އެވޯޑް (ކ) ޖުރިމަނާއެއް، އިނާމެއް، ނުވަތަ ފައިސާއެއް ރަސްމީގޮތަކުން ނިންމާ ދިނުން. މުކާފާ. (ނ) 1. މިބާވަތުގެ ނިންމުމެއް ނުވަތަ ކަނޑައެޅުމެއް. 2. ދެވޭ އިނާމު، ޖުރިމަނާ ނުވަތަ ފައިސާ؛ ޖާއިޒާ، ސަމާނަޔާ

aware

އެވެއަރ (ނއ) ވާނުވާ އެނގޭ. އާރިފު. (ނ) awareness

awash

އެވޮޝް (ނއ) ލޮނުގަނޑުން/ފެންގަނޑުން ނުވަތަ ރާޅުން ދޮވެވޭ.

away

އެވޭ (ކއ) 1. ދުރަށް ނުވަތަ ދުރުން. 2. ވުމުން ނެތިދިއުން. 3. މަޑުކުރުމެއް ހުއްޓުމެއް ނެތި. (މ. މަސައްކަތް ކުރުން). (ނއ) އިދި ކޮޅު ފަރާތުގެ ދަނޑުގައި ކުޅޭ ނުވަތަ އިދިކޮޅު ފަރާތަށް ނިސްބަތްވާ (މ. away team)

awe

އޯވ (ނ) ހައިބަތު؛ ބިރުވެރިކަމާއި ހައިރާންކަން ލިބޭފަދަ އިޙްތިރާމް. ރަހުބަތު؛ ޚުޝޫޢު.

awesome

އޯސަމް (ކއ) ހައިބަތު އުފައްދާ ފަދަ.

awe-stricken, awe-struck

އޯސްޓްރިކަން، އޯސްޓްރަކް (ނއ) ކުއްލިއަކަށް ޚުޝޫޢު އުފައްދާ.

aweigh

އެވޭ (ކއ) ކަނޑުގެ އަޑިން ކިރިޔާ ނެއްޓިފައި (މ. ނަގިލި(.

awful

އޯފުލް (ނއ) ވަރަށް ނުބައި ނުވަތަ ނުތަނަވަސްކަން ގެނެސްދޭ.

awhile

އެވައިލް (ކއ) ކުޑަ އިރުކޮޅެއް ވަންދެން.

awkward

އޯކްވާރޑް (ނއ) 1. ގެންގުޅެން އުނދަގޫ؛ ބޭނުން ކުރަން ނުވަތަ މުޢާމަލާތް ކުރަން ދަތި. 2. ހުނަރުމަދު. 3. ފަސޭހަ ނުވަތަ އަރާމުނޫން. 4. ލަދުގަނެފައި. (ނ) awkwardness (ކއ) awkwardly

awl

އޯލް (ނ) ދިބާޣު ކުޅަ ހަމުގައި ނުވަތަ ލަކުޑީގައި ލޯވަޅު އަޅަން ބޭނުން ކުރާ އާލަތެއް. މިއީ ކޮޅު ތޫނު ކޮށްފައިވާ އިސްކުރު އަނބުރާ ކަށިގަނޑެއް ފަދަ އެއްޗެކެވެ.

awning

އޯނިންގ (ނ) ވާރެއިން ނުވަތަ އަވިން ސަލާމަތްވުމަށް ފޮތި ފަދަ އެއްޗެއް ގިޔުގަނޑެއްގެ މަތީގައި ދަމައިގެން ހަދާފައި ހުންނަ ލުއި ފުރާޅު.

awoke

އެވޯކް (ކ) އެވޭކް awake ބަލާ.

awry

އޮރައި (ނއ) 1. ތެދުނޫން؛ އެއްފަރާތަކަށް ތިރިވެފައި، ކަތިވެފައި ނުވަތަ އަޅާފައި. 2. އަމާޒަށް ސީދާ ދަތުރު ނުކުރާ. 3. ނުބައި

axe

އެކްސް (ނ)1 . ކޯރާޑި؛ އެއްޗިހި ބުރިކުރާ ނުވަތަ ފަޅާ އާލަތެއް؛ ފުރޯ؛ 2. ނުރަސްމީ ބަހުރުވައިގައި މީހަކު ވަޒީފާއިން ވަކިކުރުން ނުވަތަ މަޝްރޫޢު އެއް ކުރިއަށް ނުގެންގޮސް ހުއްޓާލުން.

axil

އެކްސިލް (ނ) ގޮތްޕެއްގައި އިން ފަތެއްގެ ތަނޑިއާއި  ގޮތްޕާއި ދެމެދުވާ އޭންގަލް ނުވަތަ ޒާވިޔާ.

axiom

އެކްސިއަމް (ނ) ސުބޫތު ކުރުމެއް ނެތި، ހެއްކެއްދެއްކުމެއް ނެތި ޤަބޫލުކުރެވޭ ތެދު؛ އެންމެން ޤަބޫލު ކުރާ ޢާއްމު އުޞޫލެއް، ނުވަތަ ޙަޤީޤަތެއް؛ ހިސާބު ޢިލްމުގައި ނުކުންނަ ނަތީޖާ ބެލުމަށް ސުބޫތުކުރުމެއް ނެތި ބަޔާންކުރާ ‘ތެދެއް’.

axiomatic

އެކްސިއޮމެޓިކް (ނއ) ފަސޭހައިން ދޭހަވާ؛ ތެދުކަން ޔަޤީންވާލެއް ފަސޭހަކަމުން ދަލީލުދައްކައި ސުބޫތުކުރަން ނުޖެހޭ  ޙަޤީޤަތް؛ އެކްސިއަމެއް ފަދަ.

axis

އެކްސިސް (ނ) އެއްޗެއްގެ މެދުން ދެމޭ ޚިޔާލީ ރޮނގު؛ ނާރެސް؛ މިހުވަރު؛ އެއްޗެއް އެނބުރޭނީ މި ރޮނގު ވަށައިގެންނެވެ. (ގިނަވުމުން axes)

axle

އެކްސްލް (ނ) ފުރޮޅު ހަރުކޮށްފައި ހުންނަ ދަގަޑު؛ ބޫސް ދަގަނޑު؛ ދުރާ

ayatollah

އައިޓޮލާ (ނ) ޝީޢީ މުސްލިމުންގެ އިސް ވެރިއެއް.

aye

އައި (ނ) އާއެކެވެ. މަޖިލިހެއްގައި ވޯޓަށް އެހޭއިރު އެއްބަސްވުމަށް ބޭނުންކުރާ ލަފުޒު ނުވަތަ އެއްބަސްވާ މީހުން.

aye

އޭ (ނއ) އަބަދު (މި ލަފުޒަކީ ބޯދާ ލަފުޒެކެވެ.)

azalea

އެޒޭލިއާ (ނ) މާއަޅާ ގެއްސެއް.

azimuth

އެޒިމަތު (ނ)1 . މީހެއްގެ ބޮލާ ސީދާ މަތިން ފެށިގެން އުދަރެހަށް ދެމޭ ގައުސު. 2. ސީދާ އުތުރާ ކުރިން ބުނި ގައުސު ދެމެދު ހުންނަ ޒާވިޔާ.

Aztec

އެޒްޓެކް (ނ) ސްޕޭނުގެ މީހުން މެކްސިކޯއަށް އަރައިގަތުމުގެ ކުރީގައި އެ ރަށުގެ އަހުލުވެރިންގެ ތެރެއިން މީހެއް. އެމީހުންގެ ބަސް.

azure

އޭޒުޔަރ (ނ، ނއ) އުޑުގައި ހުންނަ ނޫ ފަދަ ނޫކުލަ.


.

ނޯޓު

ކިޔާގޮތަށް ތަޢާރުފެއް
އަނގައިން ނުކުންނަ އަޑުތައް ދެބަޔަކަށް ބެހެއެވެ. އެއްބައި އަޑަކީ އެ އަޑު ނެރުމަށްޓަކައި އަގައިގެ ކޮންމެވެސް ތަނެއްގެ ސަބަބުން ވައި ހިފެހެއްޓިފައި ހުރުމާއެކު، ދެން ދޫކޮށްލުމުން ނިކުންނަ އަޑެވެ. އަނެއް ބައި އަޑަކީ އެއްވެސް ހިފެހެއްޓުމެއް ނެތި ވައި ނުކުންނަ އިރު ކިޔާ ނުވަތަ ނުކުންނަ އަޑެވެ. ފުރަތަމަ ބަޔަށް ކިޔަނީ ”ކޮންސޮނަންޓް“ އެވެ. ސީނަކީ ކޮންސޮނަންޓް އެކެވެ. މިއަޑު ކިޔާއިރު ވާގޮތަށް ވިސްނާލަބަލާށެވެ. އިނގިރޭސި ބަހުގައި 24 މިފަދަ އަޑު ހިމެނެއެވެ. ހިފެހެއްޓުމެއްނެތި ވައި ނުކުންނައިރު ކިޔާ އަޑުތަކަށް ކިޔަނީ ”ވަވަލް“ އެވެ. އާބާފިލި ކިޔޭ ގޮތަށް ވިސްނާލަބަލާށެވެ. ވަވަލް އެންމެ ވައްތަރުވާނީ ދިވެހިބަހުގައި މިކިޔާ ފިއްޔާއެވެ.
އިނގިރޭސި ބަހުގައި އަސާސީ 12 ފިލި ހިމެނެއެވެ. މިދެންނެވީ އައިބައި ފިލި ނުވަތަ އައުބައު ފިލި ފަދަ ދެފިލި ނުވަތަ ތިންފިލި ގުރޫޕްތައް ނުލައެވެ. މިފަދަ ފިއްޔަކީ އަސާސީ ދެ ފިއްޔެއް ނުވަތަ ތިން ފިއްޔެއް ޖެހިޖެހިގެން ކިޔާ ފިއްޔެވެ. 13 މިފަދަ ފިލި އިނގިރޭސިބަހުގައި ވެއެވެ. ދިވެހިބަހުގައި ބޭނުންކުރަނީ ހަމައެކަނި 6 ފިއްޔެވެ {އަޑު ކިޔޭގޮތަށް ބަލާއިރު، ދިވެހިބަހުގައި އޮންނަ ސުކުނަކީ ފިއްޔެއް ނޫނެވެ.}
އެހެންކަމުން، މިކަމާ ފިކުރު ކުރާ މީހަކަށް އިނގިރޭސި ބަހުގެ ލަފުޒެއް ތާނައިން ނުލިޔެވޭނެކަން އެނގޭނެއެވެ. މިއާއެކު، ތަމްރީނު ނެތް މީހުންނަށް އަޑެއްވެސް ނުއިވޭނެއެވެ. އެހެނީ މީހުންގެ ކަންފަތަށް އިވޭ އަޑުތައް، އިންސާނާ ތަރުޖަމާ ކުރަމުން ދެނެގަންނަމުން ދާނީ އޭނާ ދަންނަ އަޑުތަކާ ގުޅުވަމުންނެވެ. ދަންނަ އަޑަތަކުގައި ވަކި އަޑެއް ނެތްނަމަ، އެންމެ ގާތްކުރާ ދަންނަ އަޑު އިވުނު ކަމަށް ފިކުރަށް ހީވާނެއެވެ.
ވަކިވަރަކަށް ދިވެހި އަޑުތަކާ މެދު ވިސްނުމުން، އައްޑޫ މީހުން ލާމު ކިޔާގޮތާ މާލެމީހުން ލާމުކިޔާގޮތް ތަފާތުކަން އެނގޭނެއެވެ. ނަމަވެސް، އަޑުތަކުގައި ކުދި ކަންތައްތަކަށް ނުވިސްނާމީހުންނަށް މި ތަފާތެއް ނުއިވޭނެއެވެ. އިނގިރޭސި ބަސް ވެސް މިފަދައެވެ. އިނގިރޭސި ބަހުގެ ބައެއް އަޑުތަކެއް ދިވެހި ބަހަކު ނުހުރެއެވެ.
މަތީގައިވާ ސަބަބުތަކަށް ރިއާޔަތްކޮށް ބަސްފޮތުގައި ކިޔާގޮތް ލިޔެފައި އެވަނީ އަޅުގަނޑަށް އެންމެ ކާރިކުރާ ދިވެހި އަޑުތަކާ އެއްގޮތަށެވެ. ސްޕީކަރުން އަޑުއަންނަ ”ކިޔާ“ މިޒަމާނުގެ ޑިކޮޝޮނަރީ އެއް ބޭނުންކޮށްގެންނެވެ.

އެންމެ ފުރަތަމަ އިސްދާރުގެ ތަޢާރުފު
މާދަރީ ބަހަކީ އިނގިރޭސި ބަސް ކަމުގައިވާ އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާގެ އިސްތިޢުމާރީ ޙަރަކާތްތައް އިތުރުވަމުން ދިޔަ ވަރަކަށް އިނގިރޭސި ބަސް ދާނީ ފެތުރެމުންނެވެ. ފަހެ، ބަސް ފެތުރެން މެދުވެރިވާ މުހިއްމު ސަބަބުތަކުގެ ތެރޭގައި އެއް ބަހެއްގެ މީހުން އެކިއެކި ޤައުމު ފަޠަޙަ ކޮށް އަޅުވެތިކޮށް، އެ ޤައުމުތަކުގެ މާދަރީ ބަސްތަކުން ވާހަކަ ދެއްކުން މަނާކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. ފެތުރޭ ބަހެއް ކޮންމެވެސް ވަރަކަށް އެނގުމަކީ ބޭނުން ތެރިކަމެކެވެ.
މީގެ އިތުރަށް އެކި އެކި ޚިޔާލަށް އަދި ތަކެއްޗަށް ކޮންމެ ބަހަކުން ނަމަވެސް ކިޔާ ނަން އެނގުމަކީ ވިސްނުން ރަނގަޅުވާ ކަމެކެވެ. މިކަމަށް އެތައް ދަލީލުތަކެއް ވެއެވެ. ގިނަ ލަފުޒުތައް އެނގޭ މީހުން، ބުއްދި ގަދަކަން ފާހަގަ ކުރެވެއެވެ. ވިސްނުން ވަޒަންކުރާ އިމްތިޙާނުތަކުގައި ގިނައިން ހުންނަނީ އެކި ލަފުޒުތަކާ ބެހޭ ސުވާލުތަކެވެ. އިންސާނާ ވިސްނަނީ ބަސް ބޭނުން ކޮށްގެންނެވެ. އިނގިރޭސި ބަހަކީ މާދަރީ ބަސްކަމުގައިވެގެން އުޅޭ މީހުންގެ އާދަޔާ ޚިލާފު ބާރުވެރިކަމަކީ ބަހުގެ މުއްސަނދިކަމުގެ ސަބަބަން އައިސްފައިވާ ކަމަކަށްވެސް ވެދާނެއެވެ.
ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، މާތް ﷲ އާދަމްގެފާނު ހައްދަވާ އެންމެ ފުރަތަމަ އުނގަންނައިދެއްވީ ތަކެއްޗަށް ކިޔާ ނަންތަކެވެ. ފަހެ، ފިކުރު ކުރާ މީހުންނަށް މިކަމުގައި ޙިކްމަތްތަކެއް ވެއެވެ.
އިނގިރޭސި ބަސް ދަސްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް، އިނގިރޭސި – ދިވެހި ޑިކްޝަނަރީ އަކީ ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެއެވެ. އަޅުގަނޑުމެން ކިޔުންތެރިންނަށް މިފަހަރު މިގެނެސްދެނީ އިނގިރޭސި – ދިވެހި ޑިކްޝަނަރީއެއްގެ ”އޭ“ ގެ ރަދީފެވެ.
ދިވެހި ބަހުގައި އަޑުތައް ކިތަންމެ ގިނަޔަސް، އިނގިރޭސި، އަދި ކީއްތޯ، އެހެން ބަހެއްގެ ލަފުޒުތައް ކިޔާގޮތް ދިވެހިބަހުން ބަރާބަރަށް ލިޔަން ދަތިވެއެވެ. އެއީ އަޑުތަކުގައި އަދި ފިލިތަކުގައި ހުންނަ ކުދިކުދި ތަފާތު ތަކުންނެވެ. މި ރަދީފުގައި އެކި ލަފުޒު ކިޔާގޮތް ލިޔެފައިވަނީ އެމެރިކާގެ ކޮމްޕިއުޓަރ ޑިކްޝަނަރީ އަކުން ކިޔާ ގޮތަށެވެ. މި ޑިކްޝަނަރީއިން ކޮންމެ ލަފުޒަކަށް އިޝާރާތް ކުރުމުން އެ ލަފުޒު ކިޔާގޮތް އަޑުއިވެއެވެ.
ތާނައިން ލިޔާއިރު ކުރިން ދެންނެވި ސަބަބާހެދި ބަރާބަރަށް އަޑުތަކެއް ދިމަލެއް ނުކުރެވެއެވެ. އަދި ޚާއްޞަކޮށް އިނގިރޭސި ބަހުގައި އޭ އަކުރުގެ ފިއްޔަކީ ދިވެހި ބަހުން ލިޔެވޭ ފިއްޔެއް ނޫނެވެ. އެއީ އެބެފިއްޔަށް ވުރެ ދިގު އޭބޭ ފިއްޔަށް ވުރެ ކުރު އިބިފިލީގެ ބައެއްވެސް ހިމެނޭ ފިއްޔެކެވެ. އެހެންކަމުން އާފަލަށް އިނގިރޭސި ބަހުން ކިޔާ ގޮތް ލިޔަން ދަތިވެއެވެ. އޭއިޕްލް ކިޔާފިނަމަ މާދިގުވެއެވެ. އެއިޕްލް ކިޔާފިނަމަ އެބެފިލި ކުރުވެފައި އިބިފިލީގެ ބާރު މާގަދަ ވެއެވެ. އަޅުގަނޑުމެން ލިޔެފައިވާނީ އެޕްލް އެވެ. ތިޔަ ބޭފުޅުން ކިޔުއްވާއިރު މިފިއްޔާ ދޭތެރޭ ސަމާލުވުން ހުއްޓެވެ.
މި ރަދީފުގައި މާނަ ލިޔުމުގައި އަޅުގަނޑުމެން ބެލީ ދިވެހިބަހުން ކިޔާގޮތް ހޯދާ އެލިޔާކަށެއް ނޫނެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރީ އިނގިރޭސި ލަފުޒުގެ މާނަ ސާފުކޮށް ބުނެދެވޭތޯއެވެ. އެއީ އިނގިރޭސި ކޮންމެ ލަފުޒަކަށް ދިވެހި ބަހުގައި ލަފުޒެއް އަދި ނެތުމާއެކު ދޭހަ ރަނގަޅު ކުރުމަށްޓަކައެވެ.
ކިޔާގޮތް ލިޔެފައިވަނީ މައިކްރޮސޮފްޓް މިލެނިއަމް ޑިކްޝަނަރީ ކިޔާ 1999 ގައި ޝާޢިއު ކުރި ސީޑީއިންނެވެ. އިނގިރޭސި ލަފުޒުތަކާއި މާނަ ބަލާފައިވަނީ އޮކްސްފޮރޑް ޕޭޕަރބެކް ޑިކްޝަނަރީ އިންނެވެ.
މިއަށް ވުރެ ‘ބީ’ގެ ރަދީފު ރަނގަޅު ކުރުމަށްޓަކައި ތިޔަބޭފުޅުންގެ ޚިޔާލު އަޅުގަނޑުމެން ބޭނުމެވެ. މި ލިޔުން އެންމެ ފުރަތަމަ ޝާއިޢުކޮށްފައިވަނީ ”ދަރުމަ“ އަށް 5 އަހަރު ފުރުމާ ގުޅިގެން 2007 ވަނަ އަހަރުއެވެ. މި އިސްދާރުވަނީ މުރާޖަޢާކޮށްފައެވެ.

backtotopicon