މި ވޭތިވެދިޔަ ދެ މަހެއްގެ ތެރޭގައި، ރާއްޖޭގެ ރަށްތަކަށް ގިނައިން ވާރޭވެހި ގެ ތަކުގައި ފެންބޮޑުވެ ދިރިއުޅޭން ދަތިވެފައި ވިއެވެ. 12 ޖަނަވަރީ 2024 ވީ ހުކުރު ދުވަހު މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 144 ގެއެއްގައި ދިރިއުޅޭން ދަތިވެގެން އެކި ފަރާތްތަކުގެ އެހީތެރިކަމަށް އެދި ފައިވިއެވެ. ވާރޭވެހުމުގެ ސަބަބުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ ގެތަކަށް ވެސް މިހެން ދިމާވެފައި ވެއެވެ. މި މައްސަލައިގެ ދާއިމީ އަދި އެންމެ އަގުހެޔޮ ހައްލަކީ ކޮބައިތޯއެވެ؟
މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ، ރާއްޖޭގެ ގެދޮރުތައް، އެންމެ އަގުހެޔޮކޮށް، އެންމެ ދެމެހެއްޓެނިވި ގޮތަކަށް، ފެންބޮޑުވުމުންނާއި ހަޅަޖެހުމުން ރައްކާތެރިކުރާނޭ ގޮތެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ކުރިއަށް ވުރެ ގިނައިން ވާރޭ ވެހުމާއި ހަޅަޖެހުމުގެ މައްސަލަތައް ކުރިމަތިވުން ގާތެވެ. މިވާހަަކަ ތަކުގެ ތެރޭގައި އަޅުގަނޑު މި މަޒުމޫނުގައި ގަތަމުންދާނީ ކަމާ ގުޅުންހުރި ބޭނުންތެރި މަޢުލޫމާތެވެ.
ވެހޭ ވާރޭ މިނަނީ، މިލިމީޓަރުންނެވެ. ކުރިން ބަޔާންކުރި 12 ޖަނަވަރީ 2024 ގައި، މާލެއަށް 160 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް ވެއެވެ. އޭގެ ދެ ހަފުތާއެއްގެ ކުރިން، 24 ގަޑިއިރުގެ ތެރޭގައި، 172 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް ކަމާބެހޭ އިދާރާއިން ބަޔާންކުރެއެވެ. ވާރޭވެހޭ މިންވަރު މިނަނީ، އަރިމަތި ތެދަށް، ރަހައަށް (ފުލާއި އަނގަމަތި އެއްވަރަށް) ހުންނަ ބިއްލޫރި ތައްޓެއް ފަދަ އެއްޗަކަށް ވެހޭ ވާރޭ މިނެގެންނެވެ. 160 މިލިމީޓަރަކީ، ގާތްގަޑަކަށް ½6 އިންޗިއެވެ. މީގެ މާނައަކީ، އެ ދުވަހު، 24 ގަޑިއިރު ތެރޭގައި ވެހުނު ވާރޭއިން އެއްވެސް ބައެއް ވަޔަށް އަރައިގެން ނުދާނަމަ، އަދި ބިމަށް ނުވަތަ އެހެންވެސް އެއްޗަކަށް ނުފޭދޭނަމަ، އެ ތަށީގައި އެ މިންވަރަށް ވާރޭފެން ހުރިކަމެވެ. މުޅި މާލޭގައި ½6 އިންޗިއަށް ފެންބޮޑުވާހާ ވާރޭ ވެހުނުކަމެވެ. ނަމަވެސް، ވެހުނު ވާރޭއިން ބޮޑުބައެއް، ބިމަށް ފޭދި، އަދި ކާނުތަކުން ނުވަތަ ހޮޅިތަކުން ފައިބައިގެން ކަނޑަށް ގޮސްފައިވާތީ، މި މިންވަރަށް ފެން ބޮޑެއް ނުވެއެވެ.
އަޅުގަނޑުމެން ކުޑައިރު، މާލޭގައި ފެންބޮޑުވާތީ ނުއުޅެއެވެ. އެ ދުވަސްވަރު އެހެން ނުވަނީ، މާލޭގެ ބިންގަނޑަށް ވޭހެ ވާރޭ ފޭދޭތީއެވެ. މާލޭގެ ބިން ކޮނުމުން ގިނަ ހިސާބުތަކުން ފެނުގައި ޖެހޭނީ ތިންފޫޓަށް ކޮނުމުންނެވެ. ތިން ފޫޓަށް ހުންނަ މި ވެލިގަނޑަކީ، އިސްޕަންޖުގަނޑެއް ފަދަ އެއްޗެކެވެ. ވާރޭ ވެހޭ ވަރަކަށް އެ އިސްޕަންޖުގަނޑެއް ފަދަ ވެލިގަނޑަށް ފެން ވަދެ ފޯވެއެވެ. މިހާރަކަށް އައިސް މާލޭގައި ފެންބޮޑުވަނީ، އެތައް ބުރިއަކަށް ގެ އަޅަށްވެގެން، ބިންގާ އޮންނަ ތަނުން ވެލިތައް ނަގައި، ބޮޑު ބައެއްގައި ކޮންކުރީޓު ހުންނާތީއެވެ. ކޮންކުރީޓުގެ ތެރެއަށް އިސްޕަންޖު ގަނޑަކަށް ފެން ވަންނަ ގޮތަކަށް ފެނެއް ނުވަދެއެވެ. މަގުތައް ތަޅައި ހަރުކޮށްފައިވާތީ، އަޑީގައި ވެލި ހުއްޓަސް އޭގެ ތެރެއަށް ފެން ފޭދެނީ މަދުންނެވެ. މާލޭގައި ފެންބޮޑުވުމުގެ މައްސަލައިގެ ހައްލު، އަމީނީ މަގުގައި ފެންބޮޑުވުން ހައްލުކުރުމާ ބެހޭ ގޮތުން އަޅުގަނޑު ލިޔެފައިވާ މަޒުމޫނެއްގައި ވާނެއެވެ. ތިރީގައިވާ ތަޞްވީރަށް އޮބައިލުމުން އެ މަޒުމޫނު ހުޅުވޭނެއެވެ.
މީހުން މަދު ރަށްރަށުގައި، ދުއްވާތަކެތި މަދުކަމުން، މަގުތައް ހަރުނުވާތީ، ވެހޭ ވާރޭ ގޯތިގޯއްޗާއި މަގުމަތީގެ ބިންގަނޑަށް ފޭދޭނެއެވެ. މިފަދަ ބައެއް ރަށްރަށުގެ ގޯތިތެރެއާއި މަގުމަތީގައި ފެންބޮޑުވަނީ، ބިންގަނޑު ހަރުވެގެންނެވެ. އެއީ ހިނގާބިނގާވާތާ ގިނަ ދުވަސްވެގެން، ނުވަތަ އެހެންވެސް ސަބަބަކާ ހުރެ ހަރުވެގެންނެވެ. މިފަދަ ތަންތަނުގައި ބިންގަނޑުން ފެން ހިންދުމަށް ހެދިދާނެ އެއްގޮތަކީ، ފްރެންޗް ޑްރެއިނިޖް ކިޔާ ބާވަތުގެ ތަނަކަށް ފެންތައް ފޭއްދުމަށް ގެންދިއުމެވެ. މި ލިންކުން ފްރެންޗް ޑްރެއިނިޖް އަކީ ކޮން އެއްޗެއްކަން އޮޅުން ފިލާވަޑައިގަންނަވާނެ އެވެ.
އަނެއް ބައި ރަށްރަށުގައި، ފެންބޮޑުވުމުގެ މައްސަލަ ދިމާވާނީ، ގޭތެރޭގެ ބިންގަނޑު ތިރިވެގެންނެވެ. މިހެން ބައެއް ރަށްރަށުގައި ދިވާވެފައި އެބަހުއްޓެވެ. ދުއްވާތަކެތި ގިނަކަމުން، މަގުގައި ވަޅުގަނޑުތައް ހެދުމުން، މަގަށް ވެލިއަޅައި، އެއްވަރު ކުރެއެވެ. މިގޮތަށް ވިއްސަކަށް އަހަރު މިކަން ކުރުމުން، މަގު ގޯއްޗަށް ވުރެ އުސްވެއެވެ. މިގޮތަށް ގޯތިތައް ހުންނަ ނަމަ، މަގަށްވެހޭ ވާރޭ، ގޯތިތެރެއަށް ވަނުމުގެ ފުރުޞަތު ބޮޑެވެ. މިހެން ހުންނަ ގޯތިތަކުގައި ގެއަޅާއިރު، ގޯތީގެ ސަތަހައަށް ވުރެ ގޭގެ ތަޅުން އުސްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު އައި ސުނާމީގައި، އެތައް ގިނަ ރަށެއްގައި ފެންބޮޑުވެގެން އެކި މިންވަރުގެ ގެއްލުންތައް ލިބުނެވެ. މި ތަޖުރިބާއިން، ފިލާވަޅު ނަގައިގެން، މާލެއާއި، ރާއްޖެތެރޭގެ ޤައުމީ ޔުނިވަރސިޓީގެ ޢިމާރާތްތައް ކުރިއިރު، މިތަންތަނުގެ ތަޅުން ހުންނާނީ މަގުގެ ސަތަހައަށް ވުރެ ދެ ފޫޓު އުހުގައެވެ. މިއިން އެއްވެސް ޢިމާރާތަކަށް، ކިތަންމެ ގިނައިން ވާރޭ ވެހުނަސް، ފެނެއް ނުވަންނާނެއެވެ. މިތަންތަން ހަދާފައި ހުންނަނީ އެތަންތަން ހުންނަ ރަށްރަށަށް ކާރިސާއެއް ދިމާވެއްޖެނަމަ، ރަށުގެ ރައްޔިތުންނަށް އެ ތަންތަން މަލާޒަކަށް، ކަހަފަކަށް، ރައްކާތެރިކަން ލިބޭނޭ ޖަގަހައަކަށް ވާނޭ ގޮތަށެވެ. ގޭތެރޭގެ ތަޅުން އުސްކޮށް ހެދުމަކީ އަގުބޮޑު ކަމެކެވެ. އެއީ މުޅިގޭގެ ބިންގަނޑު އުސްކުރަންޖެހޭތީ އެވެ. މިއަށް ވުރެ ރަނގަޅު، ދާއިމީ އެހެން ހައްލެއް ވެއެވެ.
ތަހުޒީބު ޤައުމުތަކުގައި އެއްވެސް މަގެއް ހަދާފައި އޮންނަނީ މަތި ހަމަކޮށެއް ނޫނެވެ. ދެ އަރިމައްޗަށް ފެން ފަހިވާގޮތަށް، ކަޗޯރުކޮންނެވެ. މަތިންދާބޯޓު ޖައްސާ ރަންވޭތައް ވެސް ހަދާފައި ހުންނަނީ ވެހޭ ވާރޭ، ރަންވޭގެ ދެ ފަރާތު ކާނަށް ފައިބައިގެން ދާނޭ ގޮތަށެވެ. މިގޮތަށް މަގު ކަޗޯރުކުރާ މިނެއް ކަނޑައަޅާފައި ވެއެވެ. އެކަން ބިނާވަނީ، މަގު ހަދާފައިވާ ގޮތެއްގެ މައްޗަށެވެ. ކަމުގެ ފަންނީ މީހުން ބުނަނީ، ކޮންކުރީޓު ނުވަތަ ތާރު އަޅާފައިވާ މަގެއް ނަމަ، އެ މަގުގެ ހުރަސް ކަޗޯރު މިން (cross slope) ހުންނަން ވާނީ މަދުވެގެން 2 ޑިގްރީއަށް މެދު އުސްވާގޮތަށެވެ. ވެލިއަޅާފައިވާ މަގެއް ނަމަ، މި ހުރަސް ކަޗޯރުގައި 4 ޑިގްރީ ހުންނަން ވާނެއެވެ. މީގެ މާނައަކީ، 14 ފޫޓު ފުޅާ މަގެއް ނަމަ، މެދު 6 އިންޗިއަށް އުސްވާން ޖެހޭނެއެވެ. ނޫންނަމަ، މަގުގައި ފަސޭހައިން ވަޅު ހެދޭނެއެވެ. ނަމަވެސް، މިގޮތަށް މަގުގައި، ހުރަސް ކަޗޯރުލުމުން ދެ ފަރާތަށް ފައިބާ ވާރޭ ދާނޭ ތަނެއް އޮންނަން ވާނެއެވެ.
ބޮޑެތި މާބިންތަކުގައި، ޚާއްޞަކޮށް ފަރުބަދަތައް ހުންނަ ބިންތަކުގައި، ވާރޭ ވެހުމުން ކަނޑަށް ފެން ފައިބައިގެން ދާގޮތަށް މަގުތައް ހެދެއެވެ. މިގޮތަށް ހެދޭ މަގުތަކަށް ކިޔަނީ ކޯރެވެ. ކުޑަނަމަ، އާރެވެ. ބައެއް ހިސާބުތަކުގައި ކޯރަކުން ނުވަތަ އާރަކުން ފެން ވަކި ތަނަކަށް ޖަމާވެ އެތަނުގައި ފެން ބޮޑުވެއެވެ. މިފަދަ ތަންތަނަށް ކިޔަނީ ކުޅިއެވެ. ނުވަތަ ކިޅިއެވެ. އިނގިރޭސި ބަހުން lake (ލެއިކް) އެވެ. ރާއްޖޭގެ މަދު ރަށެއްގައި ނޫނީ ކުޅިއެއް ނުހުރެއެވެ. އެހެންވަނީ، ރަށްތައް ކުދިކަމުންނެވެ. ބިން ބޮޑު ރަށްރަށުގައި، ކުޅިތައް ހުރެއެވެ. ބައެއް ކުޅިތައް ހުންނަނީ މޫދާ ގުޅިފައެވެ. މި ކުޅިތަކުގައި ހުންނާނީ ގިނައިން ލޮނުފެނެވެ. މޫދާ ނުގުޅި ހުންނަ ކުޅިތަކުގައި ގިނައިން ހުންނާނީ ފެނެވެ. ކުދި ރަށްތަކުގައި ކުޅި ނުހުންނަނީ، ވާރޭވެހުމުން، ހުރިހާ ވާރެއެއް ބިމަށް ފޭދޭނެހާ ބިންގަނޑު އުސްކަމުން ނުވަތަ ފައިބައިގެން ގޮނޑުދޮށަށް ފަސޭހައިން ދާގޮތަށް ކަޗޯރުކޮށް ބިންގަނޑު އޮންނާތީއެވެ.
ރާއްޖޭގެ ރަށްތައް ފެންބޮޑުވުމުން ހިމާޔަތްކުރަން ކުރަންވީ އެންމެ މުހިއްމު ކަމަކީ، ފެން ފައިބައިގެން ދާނޭ ގޮތަށް މަގުތައް ހެދުމެވެ. ބިމަށް ނުވަތަ އެހެންތަނަކަށް ފެން ފައިބައިގެން ދާ ދިއުމަށް އިނގިރޭސިބަހުން ކިޔަނީ ޑްރެއިނިޖް އެވެ. ރާއްޖޭގެ ރަށްތަކަކީ، ޑްރެއިނިޖް އަށް ފަހިވާގޮތަށް އާބާދުކުރަމުން އަންނަ ރަށްރަށެއް ނޫނެވެ. އެހެންކަމުން، ފެންބޮޑުވުމުން ރައްކައުތެރިވުމަށް ކުރަންވީ އެންމެ މުހިއްމު ކަމަކީ، ވާރޭފެން ފޭދިގެން ނުވަތަ ގޮނޑުދޮށަށް ދާގޮތަށް ފަހިކޮށް ރަށްތައް އާބާދުކުރުމެވެ. މިކަން ކުރާނީ ކިހިނަކުންތޯއެވެ؟
މަގުތައް ހަދާއިރު މަގުގައި ހުރަސް ކަޗޯރެއް، ވެލި މަގެއް ނަމަ، ކޮންމެ 7 ފޫޓަކުން 6 އިންޗި ތިރިކޮށް، ހުންނަން ޖެހޭނެ ވާހަކަ ކުރިން ވާނީ ބަޔާންކޮށްފައެވެ. މިއީ ހުރަސް ކަޗޯރު ނަމަ، މަގުގެ ދިގަށް ވެސް ކަޗޯރެއްލާން ޖެހެއެވެ. މި ކަޗޯރަށް އިނގިރޭސިބަހުން ކިޔަނީ running slope (ރަނިން ސްލޯޕް) ނުވަތަ ދިގު ކަޗޯރު އެވެ. އާދެ! ރަށުގެ މެދުގައިވާ މަގެއް ނޫންނަމަ، މަގުގެ އެއްކޮޅު ތިރިވާން ޖެހޭނެއެވެ. ތިރިވާން ޖެހޭނީ ކިހާވަރަކަށް ތޯއެވެ؟
ރާއްޖޭގެ މަދު ރަށެއް ނޫނީ، ވަށްކޮށެއް ނުހުރެއެވެ. ގިނަ ރަށް ހުންނަނީ ދިގުކޮށެވެ. މިގޮތަށް ރަށްތައް ހުންނަ އިރު، ގިނަ ރަށްރަށުގެ ހަނި ފަރާތް މޫދާ ކައިރިވާނެއެވެ. މަގު ހަދަން ޖެހޭނެ ގޮތަކީ، ހުރަސް މަގުތައް މޫދަށް ތިރިވާގޮތަށް ރަށުގެ މެދަށް އުސްކުރުމެވެ. ތިރީގައިވާ ކުރެހުމުން ފެންނަ ފަދައިންނެވެ.
މިގޮތަށް ހުރަސް މަގުތައް ކަޗޯރުކުރާނީ ކިހާވަރަކަށްތޯއެވެ؟ ވާރޭފެން މަގުން ތިރިއަށް ފައިބައިގެންދާ މިނެއް ކަމުގައި އެކި ފަރާތްތަކުން އެކި މިންތައް ގެންގުޅެއެވެ. ހޮޅިއެއް، ކާނެއް ބޭނުމެއް ނުކުރާނަމަ، އެއީ އެންމެ ކުޑަކަތިމިނުން ކޮންމެ 400 ފޫޓަކުން 1 ފޫޓެވެ. ހޮޅިއެއް ކަމުގައިވާނަމަ، މި ކަތިމިން ހުންނަން ޖެހޭނީ ކޮންމެ 75 ފޫޓަކުން 1 ފޫޓަށެވެ. [ދަންނައެވެ. މިއީ ފާޚާނާ ހޮޅި ކަޗޯރުކުރާ ވަރަށް ވުރެ މާ ތެދުބޮޑު މިންވަރެކެވެ. ފާޚާނާ ހޮޅި ޢާއްމުކޮށް ކަޗޯރުކުރަނީ ގާތްގަޑަކަށް ކޮންމެ 4 ފޫޓަކުން 1 އިންޗިއަށެވެ. މިއަށް ވުރެ ކަތި ކުޑަނަމަ، ނުވަތަ ބޮޑު ނަމަވެސް، ހޮޅި ބެދޭގޮތް ވާނެއެވެ. ޓިނުން ހިޔާކުރާނަމަ، ޢާއްމުކޮށް ކަޗޯރުކުރަނީ ކޮންމެ 10 ފޫޓުން 1 ފޫޓެވެ. ބައެއް މީހުން 12 ފޫޓުން 1 ފޫޓަށް ވެސް ކަތިކުރެއެވެ. ލައިސާޓު ޓިނު އުފައްދާ މީހުން ކޮންމެ 12 ފޫޓަކުން 6 އިންޗިއަށް ފުރާޅު ކަތިކުރިނަމަވެސް އެންމެ ރަނގަޅުކަމަށް އެމީހުންގެ ލިޔުންތަކުގައި ލިޔެފައި ވެއެވެ.]
ރާއްޖޭގެ ރަށްތަކުގެ ފަސްގަނޑު ހަމަކަމުން މަގުތައް ކަޗޯރުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ވީމާ، އަޅުގަނޑު މިދެންނެވިހެން ރަށަށް ވެހޭ ހުރިހާ ވާރެއެއް ހެން، މޫދަށް ފައިބާނެ އެންމެ ކުޑަ ކަޗޯރު މިނަކީ ކޮބައިކަން ހޯދަން ޖެހެއެވެ. މި މިންވަރު އަޅުގަނޑުމެންނަށް އެނގެއެވެ. އެއީ މީގެ 2000 އަހަރު ކުރިން، ރޫމީންގެ މުހިއްމު ސަހަރުތަކަށް ފެންގެންނަނީ އުސް ކާނެއްގެ ތެރެއިންލާފައެވެ. މި ކާނުތަކުން ބައެއް މިހާރުވެސް މަސައްކަތް ކުރާކަމަށް ވެއެވެ. ފަރުބަދަމަތިން އޮހޭ ކޯރުގެ ފެން، ވާދީތައް ހުރަސްކޮށް، ސަހަރަށް ގެންނަނީ، ފާލަމެއްގެ ގޮތަށް ހަދާފައިވާ ހަރުތަކެއްގެ މަތީގައިވާ ކާނަކުންނެވެ. މި ކާނުތަކަށް އިނގިރޭސިބަހުން ކިޔަނީ aqueduct އެކުވިޑަކްޓް އެވެ. މާނައަކީ ފެންކާނެވެ. ފާރިސީ ބަހުން ކިޔަނީ ޤަނާތު އެވެ. މީގެ ބައެއް ކާނުތަކުގައި 14 ކިލޯމީޓަރު ހުރެއެވެ. މީގެ ކަޗޯރުމިނަކީ ކޮބައިތޯއެވެ؟ އާދެ! ކަޗޯރުމިނުގައި ތެދުކަން ބޮޑުކަމުން، ކޮންމެ 4000 ފޫޓަކުން 1 ފޫޓު ތިރިކޮށް ހުރެއެވެ. އެހެންކަމުން، ދިވެހި ރަށެއްގެ މަގުތައް މި މިނަށް ކަޗޯރުކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ.
އަޅުގަނޑުގެ ހުށަހެޅުން
އަޅުގަނޑުގެ ނަޒަރުގައި، ރާއްޖޭގެ ރަށްތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ ދާއިމީ ހައްލަކީ، ރަށުގެ ހުރަހަށް މަގުތައް ކަޗޯރުކުރުމެވެ. މަގު ކަޗޯރުކުރާނީ، މަދުވެގެން 4000 ފޫޓުން އެއް ފޫޓަށް ފެން ފަހިވާ ގޮތަށެވެ. މިއަށް ވުރެ ކަތި ބޮޑުކުރެވޭނަމަ، އެ މިންވަރަކަށެވެ. މިކަން ކުރަން ހުށަހަޅާ ގޮތަކީ ކޮބައިތޯއެވެ؟
މި ޒަމާނުގައި، ކަޗޯރުމިން މިނާ ޚާއްޞަ އާލަތެއް ގެންގުޅެއެވެ. އެއީ ތިއޮޑޮލައިޓް (މިޒުވާތު) ކިޔާ މައްސާހުން ގެންގުޅޭ ތިން ފައިކަށިހުންނަ ހަރެއްގައި ބަހައްޓައިގެން މިންތައް ބަލާ މާލިމީން ގެންގުޅޭ ބާވަތުގެ ފިލައެކެވެ. މީގެ ފިލާތައް ރާއްޖޭގައި ގިނައިން ގެންގުޅެއެވެ. ގޮނޑުދޮށު ކައިރީގައިވާ ހަމަ މަގުގެ އުސްމިން ބެލުމަށްފަހު، ރަށުމެދު މަގުގެ އުސްމިން ހުންނަންޖެހޭ ވަރު އަޅުގަނޑު ކުރިން ދެންނެވި ނިސްބަތުން ފާހަގަކުރާނީއެވެ. މަގުގައި މި މިން ނުގެއްލޭގޮތަށް ފާހަގަކޮށް، ހުރަސް މަގުގައިވާ ކޮންމެ ގެއެއްގެ ފުޅަފުގައި ނުވަތަ ފާރުގައި، މި މިން ޖަހާނީއެވެ. ގެއެއްގެ މީހުންނަށް އަންގާނީ، ފެން ވަނަ ނުދޭން، ފާހަގައަށް ވުރެ މަދުވެގެން ހައެއްކަ އިންޗި އުހުގައި ގޭގެ ތަޅުން ބެހެއްޓުމަށެވެ. މަގުގެ ކަތިމިން އޮންނަ ގޮތަކުން، ބައެއް މަގުތަކުން ވެލި ކަހައި ނަގައި ބައެއް ތަންތަނަށް އަޅަން ޖެހިދާނެއެވެ.
ތިއޮޑޮލައިޓެއް ނެތް ނަމަވެސް މިކަން ކުރެވޭނެއެވެ. އެއީ މީގެ 2000 އަހަރު ކުރީން، ރޫމީން ޤަނާތުތައް ހެދިއިރު ތިއޮޑޮލައިޓެއް ނުހުރެއެވެ. އެމީހުން ބޭނުންކުރީ ދިގު މޭޒެއްގައި، މަގެއް ކަނޑާނަގައި އެއަށް ފެން އަޅައި އެއީ ރަހަފަތިގަނޑެއް ކަމަށް ބަލައިގެންނެވެ. މީގެ ދެކޮޅުގައި ލޯ ޖައްސައި ބަލާނޭ ކެނޑުމެއް ހުރެއެވެ. މޭޒު ރަހަކުރުމުން، ލޯ ޖެއްސުމުން ފެންނާނީ މޭޒާ އެއް އުސްމިނެއްގެ ތަނެކެވެ. މީގެ އެއްޗެއް ހަދަން ދަތިނަމަ، ދިގު ފެން ހޮޅިއެއް ވެސް މިކަމަށް ބޭނުން ކުރެވޭނެއެވެ.
ރާއްޖޭގައި މީގެ ކުރިން މަގު ހެދިއިރު މުޅިންހެން ވިސްނަނީ މަގަށް އެކަންޏެވެ. މުޅި ރަށަށް ވެހޭ ހުރިހާ ވާރެއަށް ވާ ގޮތާ މެދު ނުވިސްނައެވެ. ރާއްޖޭގެ ރަށްތައް ދާއިމީކޮށް، ދެމެހެއްޓެނިވިގޮތަށް ފެންބޮޑުވުމުން ރައްކާތެރިކުރެވޭނެ އެއްގޮތް މި ބަޔާންކުރެވުނީއެވެ.
މާލޭގެ އަމީނީ މަގާއި ސ. ހިތަދޫގެ މަގުތައް ހަދާ ގޮތާ މެދު
މި މަޒުމޫނު ލިޔަމުން ދިޔަ ދުވަސްވަރު، މާލޭގެ އަމީނީ މަގުގައި ފެންބޮޑުވާތީ އެކަން ހައްލުކުރަން މަސައްކަތްތަކެއް ކުރަމުން ދެއެވެ. މާލޭގެ ވަށައިގެން އޮންނަ ބުރު މަގު އަމީނީ މަގަށް ވުރެ އުސްވީމާ، އަމީނީ މަގުން ފެން ހިނދޭގޮތެއް އަދި ފަޅަށް ދާގޮތެއް ނުވެއެވެ. މި މައްސަލަ ހައްލުކުރަން، އެކަން ފަރުމާކުރި މީހުން ކަން ކޮށްފައިވާ ގޮތަކީ، އެމަގުގެ ކާނުތަކަށް އެޅޭ ފެން، 10 ވަރަކަށް ފޫޓު ފުޅާ ބޮޑު ވަޅަކަށް ހޮޅިން ޖަމާކުރަނީއެވެ. އެއަށް ފަހު، އެ ބޮޑު ވަޅުން މޫދަށް ފެން ޕަންޕުކުރަނީ އެވެ. ފެން ޖަމާކުރާ ވަޅުގެ ދެތިން ހަތަރު ވަޅު އަމީނީ މަގުގައި ހުރެއެވެ. ތިރީގައި އެވަނީ މިކަމާ ބެހޭ ބައެއް ފޮޓޯއެވެ.
ސ.އަތޮޅު ހިތަދޫގައި ފެން ބޮޑުވުމުން ރައްކާތެރިވުމަށް މަގުގެ މެދުގައާއި، ބައެއް ފަހަރު މަގުގެ އަރިމަތީގައި ބޮޑެތި ކާނުތަކެއް ހަދާފައު ވެއެވެ. ރަށުގެ ފެން ތިލަކަމުންނާއި ކާނުތަކުގެ ސައިޒުން މި ކާނުތައް އަބަދުހެން ފުންކޮށް ފެން ހުރެއެވެ. މި ކާނުތައް ގުޅާފައިވަނީ އަމީނީ މަގުގައި ބޭނުންކުރި ފަދަ މާދުރުގައިވާ ބޮޑު ވަޅަކާއެވެ. ކާނުތައް ހުރީ ވަކި ދިމާއަކަށް ފެންފަހިވާ ގޮތަށް ކަމަށް ބުނަން ދައްޗެވެ. ފެން ޖަމާކުރާ ބޮޑު ވަޅުން މޫދަށް ޕަންޕުކުރާގޮތަށް ޕަންޕު ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދެއެވެ. ކާނުތަކާ ބެހޭ މަސައްކަތް ކުރިއަށް ދާލެއް ލަސްކަމުންނާއި، އެދެވޭ ކުރިއެރުމެއް އަހަރުވާއިރު ވެސް ނުފެންނާތީ މިއީ ވަރަށް އަގުބޮޑު ކަމެއްހެން ހީވެއެވެ.
ރާއްޖޭގެ ރަށްތަކުގެ މަގުތައް، ފެން ބޮޑުވުމުން ހިމާޔަތްކުރަން މި ފަދަ ހައްލުގެ މައްސަލަތަކަކީ ކޮބައިތޯއެވެ؟ އަޅުގަނޑަށް ލަފާކުރެވޭ ގޮތުން މިއީ އިންތިހާއަށް އަގުބޮޑު ގޮތެކެވެ. އެތައް އެއްޗެއް ހަލާކުވުމުގެ ޖާގަ އެބައޮތެވެ. މަރާމާތު ކުރުމާއި ބެލެހެއްޓުން ވަރަށް ބޮޑު ވާނެކަމަށް ފެނެއެވެ. މިއީ އަޅުގަނޑުގެ ނަޒަރުގައި ދެމެހެއްޓެނި ގޮތަށް، އަގުހެޔޮކޮށް މިކަން ކުރަންވީ ގޮތެއް ނޫނެވެ. އެންމެ ރަނގަޅު ގޮތެއް ކަމަށް ފެންނަނީ، ގުރެވިޓީއިން، އާދެ! ފެން އޭގެ ޒާތުގައި ތިރިދިމާއަށް ދަތުރުކުރާ ބާރުގެ ބޭނުންކޮށްގެން މަގުތަކުން ފެން ހިންދުމެވެ. އިލެކްޓްރިކް އެއްވެސް ގޮތަކަށް ބޭނުން ނުކުރުމެވެ.
މިކަމާ މެދު ތިބާގެ ޚިޔާލަކީ ކޮބައިތޯއެވެ؟
Mikamakee experienced molhethi (multi discipline ge engineers)expertunnah kureveyne design eh.
Gravity flow akee emme economic goiy ekamakuves flood vun, Male ge existing condition ah gravity flow akun halleh nuhoadheyne. Flood vaa volume pump kureveynee Storm water system eh adhi sea wall ga Sluice gate bahahtaigen.
Grainage gutter hunnan beynunvaane. Ehbai fen Male ge bimah hindhan jeheyne.
Kuda misaaleh: Male ge Sewerage system akeeves gravity flow ge badhaluga vaccum system eh. Haradhu bodu ekamakuves Denmark expertun design kuree condition ah emme feasible gothakee vaccum sewage system eh kamah.
Mauloomath takai rangalhu kohlaanan.
Level kurumah beynun kuraa instrument akee haasakoh Auto level, dumpy level,
Tilt level adhi mihaaru laser level ves beynun koh hadhaa. Theodolite instrument akee precise koh vertical Adhi horizon angle nagan beynunkuraa, adhi level ves beleyne instrument eh. Mihaaru varah advance theodolite ufahdhaafa ebahuri.
Fen vehey varu engey, Geology engey, Built environment engey. Financial capacity engey.
Urban City, Rural area, Resort Island; mee thin vahtharuge thin condition. Thin condition ah eh design eh apply kurumun conflict ufedheynekan yageen.
Trial and Error hedhumuge badhaluga dhuniyega “wheel” invent koffa huri kankan calculation hadhaafa apply kreema hallu vaanekan yageen.
Kurukoh bunaanama hallakee designed storm water drainage system eh.
މާލޭގެ ސްވަރޭޖް ސިސްޓަމަކީ ވެކިޔުމް ސިސްޓަމެކޭ ތޯއެވެ؟ މާލޭގެ ނަރުދަމާގެ ހޮޅިތައް ހުންނަނީ ބޮޑު ސަމްޕަކާ ގުޅާފައި. މިއިން ބޭރަށް ޕަންޕުކުރަނީ މާލޭގެ ހައެއްކަ ދިމާލުން. ސަމްޕް ވަޅުގަނޑަށް ފެން ޖަމާވަނީ ގްރެވިޓީއިން. މާލޭގެ ނަރުދަމާގެ މަސައްކަތަށް ފައިސާ ދިނީ ޖަރުމަނު ސަރުކާރުން ނާޞިރުގެ ދައުރުގައި. މިކަން ތަންފީޒުވީ މައުމޫންގެ ދައުރުގައި. އެކަން ހިންގީ ސީ.ޑަބްލިޔޫ.އީ. ކުންފުނިން. މިއީ މިކަންކަން ކުރީ އަޅުގަނޑުމެންގެ ހަނދާނުގައި.
ވެކިޔުމް ސިސްޓަމް ބައެއް ރަށްރަށުގައި ބެހެއްޓި. މިސާލީ ތިނަދޫ. ނަމަވެސް މިއީ ވަރަށް ބެލެހެއްޓުން ބޮޑު ނިޒާމެއް. މި ނިޒާމު މިހާރު ބޭނުން ނުކުރޭ. ކުރިން ބޮޑުކަމުދާ ތަކެތި އެއިން ދަމާ، ހިއްކައި، ގަސްކާނާގެ ގޮތުގައި އެ ރަށު މީހުން ބޭނުންކުރި. ވެކިޔުމް ސިސްޓަމެއްގެ އެންމެ ބޮޑު އުފަކާރައަކީ ހޮޅިތައް ހިމަވުމާއި ހޮޅިތައް ރަހައަށް ނުވަތަ އެއްކޮޅު ތިރިއަށް ބަހައްޓަން ނުޖެހޭކަން. މި ރިސޯޓުތަކުގައި ބޭނުންކުރާ ނިޒާމެއް.
Aamukoh eh sarahahdhehga rahrashuga fen boduvanee. Gina magutgakun koaruga Fen dhemey fadhain fengos ehthaakah jamaavanee.
Gina rahrashuga maguthah eki savabuthakaagure varah haru. Fen hindheyleh las.
Raajjeyge rahthah ufedhifa hunna gothun gondudhoh uskog hunnanee.
Namaves Rangalhu plane egge dhashun bodu masakkatheh kohgen heydha kohgen magutgah level kohgen fengandu moodhaa dhimaa ah dhaanehen hedhidhaane. Mee varah bodu bura masakkatheh.
Aamukoh Fen jamaavaa sarahahdhugai junction eh hadhaigen fenthah jamaakohgen living pump beynunkohgen Fen moodhah beyrukurumakee ves kurevidhaane kameh. Ekan maguthah level kurumah vure faseyha vaane. Namaves haradhu bodu maintenance bodu vaguthu heydhavaane kameh. Ehen Namaves raajje there rahthkugai fen boduvanee gaaigandakah aharaku 1 faharu nuvatha 2 faharu. Living statio eh gaaimukohfa vaanama fenboduvegen libey gellun kuda kureveynee.
ރާއްޖޭގެ ބައެއްރަށްތައް އުފެދިފަ ހުންނަ ގޮުތުން ފެން ބޮޑުވާ މައްސަލަ ދިމާވޭ. ކުރިން އާއްމުކޮށް އެ މައްސަލަ ދިމާވަނީ ފުވައްމުލަކަށް .1980 ގެ އަރުތަކުގައި ކާނުހަދައިގެން މައްސަލަ ހައްލުކުރަން ކުރި މަސައްކަތް ކާމިޔާބު ކަމަށް ބެލެވޭ. ތިނަދޫ ހިއްކުމުގެ ކުރީގަ ފެން ބޮޑުވުމިގެ މައްސަ ނިުނިކުމޭ. ނަމަވެސް 1983 ވަނައަހަރުޗަސްބިން ހިއްކުމާ ގުޅިގެންކުޅީގެ އުރަފަށުގެ ގެތަކަށް ފެންވަނުމުގެ މައްސަލަ ކުރިމަތިވި. އޭގެފަގުން ތިންފަހަރެއްގެ މަތިން ރަށް ހިއްކިމުގެ ސަބަބުން ތިނަދޫ ގައި ފެން ބޮޑުވާތީ އެކަން ހައްލު ކުރުމަށް އަހަރުތަކެއްފަހުން މިހާރުމިވަނީ ވަރަށް އަގުބޮޑު ފެން ހިނދާ ނިޒާމެއް ގާއިމް ކޮށްފަ ނިޒާމްގާއިމް ކުރިފަހުން ބޯކޮށް ވާރޭ ވެހުނީ އެންމެ ފަހަރަކު. އެ ފަހަރު މައްސަލަ އެއް ނުޖެހޭ.
ތިނަދޫގަ ހުރިހާމަގުތަކެއް ކޮނެ ހޮޅި ވަޅުލާ ކޮންމެ 100 ފޫޓަުން ކާނު ހަދައި ރަށުގެ 11 ސަރަހައްދެއްގަި ޕަމްޕު ސްޓޭަން ބެހެއްޓުމުގެ އިތރުން .
ފެން ހިންދަ ފިލްޓރުތަކެއްވެސް ގިނައަދަދަކަށް ބިމުއަޑީގަ ވަޅުލާފައިވޭ. މިގޮތަށް މި މަސައްކަތް ކުރުމަކީ ވަރަށޚަރަދު ބޮޑުކަމެއް. . އަދި މެއިންޓެން ކުރުމަކީވެސް އުދަގޫ ކަމަކަށްވާނެ. މާލެ މިހާރު މި ސިސްޓަމް ގާއިމް ކުރުމަށް ވަރަށް ދަތިވާނެ. އެހެން ކަމުން މާލެއަށް ހޯދަން ޖެހެނީ ކޮންމެވެސް އެހެން ގޮތެއް. ރާއްޖޭއެހެން ރަށްރަށުގަ ހަސަން ލިޔުއްވާފަެިވާގޮތަށް މަގުހަދާއިރު ސްލޮޕް ކޮށްގެން ރަށުގެ ސަރަހައްދު ތަކަކަށް ފެން ޖަމާކޮށް އެ ފެންގަނޑު އޯފްލޯ ވުމުން މޫދަށް ބޭރުވާނެ ގޮތް ހެދިދާނެ. ވެހޭހުރިހާފެނެއް ރަށުން ބޭރުކިރުމަކީ ރަށުގެ ފެންފަށަލަ އަށް އަސަރުކުރާނެ ކަމެއް. .
ނޭނގި ހުރި ބައެއް މައުލޫމާތު ލިބިގެންދިޔަ ވަރަށް ފުރިހަމަ ލިއުމެއް
Very informative piece of writing. There is much to learn from it so that individuals and communities can reduce losses and the inconveniences of flooding.