ތިރީގައި މި ގެނެސްދެނީ އިނގިރޭސި އޮކްސްފޮރޑް ޑިކްޝަނަރީ އެއްގެ M އަކުރުގެ ރަދީފެވެ. އިނގިރޭސި ބަހަށް ފަރިތަނޫން މީހުންނަށް އެ ބަސް ދަސްކުރުމަށާއި އިނގިރޭސި ބައެއް ލަފުޒާ ގުޅޭ ދިވެހި ބަސް ހޯދުމަށް މިއީ ބޭނުންތެރި މަސައްކަތަކަށް ވާނެއެވެ.
-
މި ފަހަރު، ކިޔާގޮތުގެ އިތުރަށް ބައެއް ލަފުޒު ބޭނުންކުރާ ގޮތުގެ މިސާލާއި މުހިއްމު މަޖާޒީ ޢިބާރާތްތައް ވެސް ހިމެނިފައި ވާނެއެވެ. ދަންނައެވެ. ދިވެހިބަހުގައި ބޭނުންކުރާ މައިގަނޑު 11 ފިލިން އިނގިރޭސި ލަފުޒުތައް ކިޔާގޮތަކަށް ނުލިޔެވޭނެެއެވެ. އެއީ އެ ބަހުގައި ދިވެހިބަހުގައި ނެތް ދެތިން ހަތަރު ފިއްޔެއް ހިމެނޭތީއެވެ. ޚާއްޞަކޮށް، ދިވެހިބަހުގައި ހިމެނޭ އައިބައި ފިއްޔާއި އައުބައު ފިލި ހެން ކިޔާއިރު ދޫފުރޮޅޭ އެތައް އަޑެއް އިނގިރޭސި ބަހުގައި ހިމެނެއެވެ.
-
ކިޔާގޮތް ލިޔެފައިވަނީ، ލަންޑަންގެ ވަކި ސަރަޙައްދެއްގެ މެދުފަންތީގެ މީހުން ޒަމާނުއްސުރެ އިނގިރޭސި ލަފުޒުތައް ކިޔަމުން އަންނަ ގޮތަށެވެ. ވާރުތަވެފައިވާ މިގޮތަށް ކިޔަނީ ”ރިސީވްޑް ޕްރޮަނަންސިއޭޝަން“ (RP) އެވެ. ދިވެހި ބަހާ ޚިލާފަށް އިނގިރޭސި ބަހަކީ ލިޔާގޮތަށް ކިޔާ ބަހެއްނޫނެވެ. ގިނަ ދިވެހީން ބައެއް ލަފުޒު ކިޔަނީ ރޯނުބައިކޮށެވެ. މިސާލެއްގެ ގޮތުން manage މި ލަފުޒު ދިވެހީން ކިޔަނީ ”މެނޭޖް“ މިގޮތަށެވެ. އިނގިރޭސީން ކިޔަނީ މެނިޖް އެވެ.
-
މި އަކުރު ތަރުޖަމާ ކުރުމުން، އިނގިރޭސި ޑިކްޝަނަރީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި ތަރުޖަމާކޮށް ނިމުނީއެވެ. މި މަސައްކަތް މިހާތަނަށް ކުރުމަށް ތައުފީޤް ދެއްވި ކަލާނގެ ކިބަފުޅަށް ޙަމްދުކުރަމެވެ.
m
ކުރުކޮށް 1. މީޓަރު. 2. މޭލު. 3. މިލިއަން.
ma
މާ. ނ. ނުރަސްމީ ބަހުރުވައިން މަންމަ.
MA
ކުރުކޮށް މާސްޓަރ އޮފް އާޓްސް. މިއީ ބެޗްލަރ ޑިގްރީ އަށް ވުރެ މަތީ ފާހެކެވެ.
ma’am
މޭމް. ނ. (ރާނީއަށް ނުވަތަ ރަސް ދަރިކަނބަލަކަށް [ގޮމައަކަށް] ނިސްބަތްކޮށް) މެޑަމް: ކަމަނާ.
mac
މެކް. ނ. ނުރަސްމީ ބަހުރުވައިން mackintosh.
macabre
މެކާބް. ނއ. މަރު ހަނދާންކުރުވާ. ބިރުވެރި. ނާމާން. (ޢ) ރަހީބު.
macadam
މެކެޑަމް. ނ. މަގު ހެދުމުގައި، އޮށް ގައު/ހިލަ ފަތުރައި ހަރުކޮށް އޭގެ މައްޗަށް ފަތުރާފައި ހުންނަ އިތުރު މިފަދަ ފަށަލަތައް. macadamized ނއ. ކުދި ގައު/ހިލަ ފަށަލަތަކުން ހަދާފައިވާ.
macaroni
މެކެރޯނި. ނ. ހިމަ ހޮޅި ކޮޅުތަކެއްގެ ގޮތަށް ހަދާފައި ހުންނަ ފާސްޓާ.
macaroon
މެކެރޫން. ނ. ދެފަރާތް ކްރީމްއިން ތަތްކޮށްފައި ހުންނަ، ބިހުގެ ލޮނދިންނާއި މުގުރި ކާއްޓާއި މާބަދަން މުގުރައިގެން ފިހެފައި ހުންނަ ފޮނި ގޮދަންފުށުގެ ބިސްކޯދެއް.
macaw
މެކޯ. ނ. ދެކުނު އެމެރިކާއަށް ނިސްބަތްވާ، ގަދަކުލަތައް ފިޔަތަކުގައި ހުންނަ ފިދުފަތްތައް ދިގު ގުރައެއް.
mace
މެއިސް. މޭސް. ނ. ބައެއް ކަހަލަ ރަސްމިއްޔާތު ތަކުގައި ވެރިކަމުގެ ރަމްޒެއްގެ ގޮތުގައި ބޭނުންކުރާ ގުރުޒެއް/އަސައެއް.
mace
މެއިސް. ނ. ތަކޫވަކުގެ އޮށުގެ ބޭރުގައި ވަށައިގެން އޮންނަ ރަތްކުލައިގެ ދައުގަނޑެއް. މިއީ ބޭހަށާއި ހަވާދެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. ބަޒަބާޒު.
macedoine
މެސިޑްވާން. ނ. މޭވާ ނުވަތަ ތަރުކާރީ ކުދިކޮށް ކޮށައިގެން ހަދާ ކެއުމެއް. ބައެއް ފަހަރު މިއަށް ޖެލީއަށް އަޅާފައި ހުރެއެވެ.
macerate
މެސަރެއިޓް. ކ. ފެނުއަޅައިގެން އެއްޗެއް މަޑުކުރުން/މަޑުވުން. ނ. maceration.
mach
މާކް. ނ. މަތިންދާބޯޓު ފަދަ ތަކެތީގެ ދުވެލި މިނަށް ގެންގުޅޭ މިންގަނޑެއް. މި މިންގަނޑުގައި، ދުވެލީގެ ވަޒަނަކީ ދަތުރުކުރާ އުޅަނދެއް (އެއްޗެއްގައި މ. ވައިގެތެރޭގައި) ދާ ބާރުމިން، އެ އެއްޗެއްގައި އަޑު ދަތުރުކުރާ ބާރުމިނުން ގެއްލުމުން ނުކުންނަ ޢަދަދެވެ. މާކް 2 ގެ މާނައަކީ އަޑަށް ވުރެ ދެގުނަ ބާރަށް ދަތުރުކުރާ ދުވެއްޔެވެ.
machete
މެޝެޓި. ނ. ހަތިޔާރެއްގެ ގޮތުގައި އަދި އާލަތެއްގެ ގޮތުގައި، ބޯދާ އެމެރިކާގައި ގެންގުޅުނު ވަޅިއެއް.
Machiavellian
މެކިއަވެލިއަން. ނއ. މަކަރުވެރި ހީލަތްތެރި ރޭވުންތައް ބޮޑު. މި ލަފުޒު އުފައްދައިފައިވަނީ 1469 އިން 1527 އަށް އިޓަލީގައި އުޅުނު ބޮޑަކު، ސަރުކާރުގެ ބާރު ގަދަކުރުމަށް ކޮންމެ ފަދަ ރޭވުމެއް ވެސް ހެޔޮކަމަށް ދިން ފަތުވާތަކެއްގެ މައްޗަށް ބިނާކޮށެވެ.
machinations
މެޝިނެއިޝަންޒް. ނ. މަކަރުވެރި ރޭވުމެއް. މިގޮތުން ކުރާ ކަންކަން. (ޢ) ކައެދު. މުއާމަރާ.
machine
މެޝިން. ނ. 1. ޚާއްޞަ ކަންކަންކުރާ ސާމާނުތަކަކުން ރާވާފައިވާ، ހަރަކާތް ކުރުމާ ބެހޭ ބާރުލުމަށް ހަދާފައިވާ އާލަތެއް. [އިހުގެ އަޔޮނިކް ބަހުން މެކަނަ.] 2. މިފަދަ އެއްޗަކުން ހިންގާ އެހެން އެއްޗެއް. މ. ބައިސްކަލް، މަތިންދާބޯޓު. 3. މުރައްކަބު ގޮތަކަށް ކޮންޓްރޯލް ކޮށް ހިންގާ ކަމެއް، މުއައްސަސާއެއް. މ. the publicity machine. — ކ. މެޝިނެއް ބޭނުންކޮށްގެން އެއްޗެއް ހެދުން. ފަހާފޮށި ބޭނުންކޮށްގެން ފެހުން. machine language އިތުރަށް ތަރުޖަމާނުކޮށް ސީދާ ކޮމްޕިއުޓަރުން ކަންކަން ކުރުމަށް ބޭނުންކުރާ އިރުޝާދުތަކެއް. machine-readable ނއ. ކޮމްޕިއުޓަރަށް ސީދާ އެނގޭ ސިފައަކަށް ލިޔެފައި ހުރި. މ. ބޭންކް ޗެކެއްގެ ލިޔުމެއް. machine-tool މެޝިނެއްގެ އެހީގައި ކަމެއްކުރާ އާލަތެއް. މ. ކަރަންޓު ރޮންދާ އަކީ މެޝިން ޓޫލް އެކެވެ.
machine-gun
މެޝިން-ގަން. ނ. ހުއްޓުމެއް ނެތި ވަޒަން ފޮނުވޭ، އެއްޗެއްގައި ހަރުކޮށްފައި ހުންނަ ބަޑިއެއް. —ކ. މެޝިން-ގަން އެ ބޭނުންކޮށްގެން ބަޑިޖެހުން.
machinery
މެޝިނަރީ. ނ. 1. މެޝިންތައް. 2. ކޮންމެވެސް ކަމެއް ކުރާ އާލަތެއް. 3. އެއްޗެއް ހެދުމަށް ނުވަތަ ކަމެއް ކުރުމަށް އެތައް ސާމާނުތަކެއް ނުވަތަ ބައިތަކެއް/މީހުންތަކެއް ގުޅިގެން މަސައްކަތް ކުރާ އާލަތެއް ނުވަތަ ނިޒާމެއް.
machinist
މެޝިނިސްޓް. ނ. މެޝިންތައް އުފައްދާ ނުވަތަ އެ ބޭނުންކޮށްގެން މަސައްކަތް ކުރާ މީހެއް. މިފަދަ މެޝިންތައް ހިންގާ މީހާ. މ. ލޭތު މަސައްކަތްކުރާ މީހާ.
machismo
މެޗިޒްމަ، މެޗިޒްމޯ. ނ. ފިރިހެންވަންތަ ކެރުން. ފުރަހަ.
macho
މެޗޯ. ނއ. މެޗިޒްމޯ ހާމަވާ. ފުރަހަގަދަކަން ހާމަވާ.
mackerel
މެކަރަލް. ނ. މުށިމަސް އާއިލާގެ ކަނޑުގައި އުޅޭ މަހެއް. މުށިމަސް. mackerel sky ކުދިކޮށް ރޮނގުރޮނގަށް ހުންނަ ވިލާ.
mackintosh
މެކިންޓޮޝް. ނ. 1. ފެނުން ފޯނުވާ، ރަބަރުފަށަލައެއް ލާފައި ހުންނަ ފޮތި. 2. ވިއްސާރަކޯޓު.
macrame
މެކްރާމެ. މެކްރާމި. ނ. 1. ހިމަ ނަނުން ގޮށްޖަހައިގެން ނުވަތަ ގަތައިގެން ތިރިއަށް ފަށްތައް އެލޭގޮތަށް ހުންނަ ފަސްބައެއް. 2. އަތްތެރި މަސައްކަތެއްގެ ގޮތުގައި، މިކަން ކުރުމުގެ ފަންނު.
macroscopic
މެކްރަސްކޮޕިކް. ނއ. 1. ހަމަ ލޮލަށް ފެންނަ. 2. ބޮޑު މަންޒަރުގެ ގޮތުގައި ހުރިހާ ބައެއް ހިމެނޭ. ބޮޑެތި ބައިތައް، މުޅި ހުރިހާކަމެއް ހިމެނޭ. ކއ. macroscopically.
mad
މޭޑް. ނއ. (madder, maddest) 1. ސޭކު. ބުއްދި ހަމަ ނުޖެހޭ. 2. ވަރަށް މޮޔަ، ގެއްލުން ލިބޭނެކަން ކަށަވަރު. މ. މޭޑް މަޝްރޫޢުއެއް. 3. ވަރަށް ޖޯޝް ހުންނަ. ފޯރިއަރާ. މ. mad about sport = ކުޅިވަރާ ހެދި މޮޔަވެފައި ހުންނަ. 4. ނުރަސްމީ ބަހުރުވައިން ވަރަށް ރުޅިއައިސްފައި. 5. އަވަސް އަރުވާލައިގެން، ހޭބޯ ނާރައި. މ. mad scramble. 6. (ޖަނަވާރާ މެދު) ރޭބީސް ބަލި ޖެހިފައިވާ. މ. a mad dog. ކއ. madly. ނ. madness. like mad ވަރަށް ފޯރިއާއި ޖޯޝާއެކު. ވަރަށް އަވަހަށް.
Madagascar
މެޑެގަސްކަރ. ނ. އެފްރިކާގެ އިރު ދެކުނުގައިވާ ޖަޒީރާއެއް.
madam
މެޑަމް. ނ. 1. އަދަބުވެރިކޮށް އަންހެނަކާ ވާހަކަ ދައްކާއިރު ބޭނުންކުރާ ބަހެއް. މި ލަފުޒު އަންހެނުންނާ މުޚާޠަބުކުރާ އިރު ބައެއް މަޤާމުތަކުގެ ނަމުގެ ކުރީގައި ހިމަނައެވެ. މ. Madam Chairman. 2. ކިބުރުވެރި ބޮޑާ އަންހެނެއް. 3. ނާސިގެއެއްގެ ވެރިއަކަށް ހުންނަ އަންހެން މީހާ.
Madame
މެޑާމް. ނ. (ގިނަ ނަމަ Mesdames). ފަރަންސޭސި ބަހުން ވާހަކަ ދައްކާ އަންހެނުންނަށް ނިސްބަތްކޮށް މުޚާޠަބުކުރާ ލަގަބު. މިއީ Mrs ފަދައިން ފަރަންސޭސި އަންހެނުންނަށް ބޭނުންކުރާ ލަފުޒެކެވެ.
madcap
މޭޑްކެޕް. ނ. ވިސްނުމެއް ނެތި ކަންކަން ކުރާ މީހެއް. ނއ. ވިސްނުމެއް ނެތި ކަންކަންކުރާ.
madden
މެޑްން. ކ. މީހަކު ރުޅިއަރުވާލުމަށް ޖެއްސުން ކުރުން. މީހަކު ރުޅިއެރުވުމުގެ މަޤްޞަދުގައި ޖެއްސުން ކުރުން.
madder
މެޑަރ. ނ. ރީނދޫ މައު އަޅާ ގަހެއް. 2. މީގެ މުލުން އުފައްދާ ރަތްކުލައެއް.
made
ބަލާ make.
Madeira
މެޑީރާ. ނ. 1. އެޓްލާންޓިކް ކަނޑުގައިވާ ޖަޒީރާއެއް. 2. މި ރަށުގައި ތައްޔާރުކުރާ ބާރުގަދަ ރަލެއް. Madeira cake މޭވާ ނާޅާ ހަދާ ކޭކެއް. މި ތައްޔާރުކުރަނީ ބަޓަރާއި ހަކުރާ އެއްވަރަށް އަޅައިގެންނެވެ. ފުށް އަޅަނީ މިއަށް ވުރެ ގިނައިން ނެވެ.
madeleine
މެޑެލީން. ނ. ކުޑަކޮށް ދިގުކޮށް ހުންނަ ކޭކެއް. މި ކޭކަކީ ފަރަންސޭސިވިލާތަށް ނިސްބަތްވާ، ހަކުރާއި، ބަޓަރާއި ފުށް އެއްވަރަކަށް އަޅައިގެން، ގޮމަށި ތޮށިން ރަހަ ލައްވައިގެން ހަދާ ކޭކެވެ.
Mademoiselle
މާޑްމަޒާލް. ނ. މީހަކާ ނުއިނދެ ހުރި އަންހެނަކަށް އަދަބުވެރިކޮށް ވާހަކަ ދައްކާއިރު ބޭނުންކުރާ ލަގަބެއް.
madhouse
މޭޑްހައުސް. ނ. (ނުރަސްމީ ބަހުރުވައިން) 1. މޮޔައިން ބައިތިއްބާ ގެއެއް ނުވަތަ ހަސްފަތާލެއް. 2. އޮޅުންބޮޅުމާއި ހަޅޭއް ހިމެނޭ ހާދިސާއެއް.
madman
މޭޑްމޭން. ނ. މޮޔަވެފައިވާ ފިރިހެނެއް.
Madonna
މެޑޮނާ. ނ. ނަޞާރާއިން ދެކޭގޮތުގައި، މަރިޔަމްގެފާނުގެ ބުދެއް ނުވަތަ ތަޞްވީރެއް. madonna lily ދިގު ތެދު މައި އޮފީގައި ހުދު މައުތަކެއް އަޅާ ލިލީއެއް.
madras
މެޑްރަސް. ނ. ތުނި އުއި ރޮނގު ދެމި ފޭރާމެއް. މި ވައްތަރުވާނީ މުންޑު ފޭރާމާއެވެ.
Madrid
މެޑްރިޑް. ނ. ސްޕެއިންގެ ވެރިކަން ކުރާ ސަހަރު.
madrigal
މެޑްރިގަލް. ނ. މިޔުޒިކެއް ނެތި ކިޔާ ލަވައިގެ ތަން ކޮޅެއް.
madwoman
މޭޑްވުމަން. ނ. މޮޔަ، ސޭކު އަންހެނެއް.
maelstrom
މެއިލްސްޓްރަމް. ނ. 1. މެދަށް ތަކެތި ދަމައިގަންނަ އެނބުރޭ ގަދަ އޮއިވަރެއް. 2. އޮޅުމާއި ހަލާކާއި އަނިޔާ ހިމެނޭ ޙާލަތެއް.
maestro
މައިސްޓްރޯ. ނ. 1. މިޔުޒިކް ވަރަށް ރަނގަޅަށް ކުޅެން ނުވަތަ ޑިރެކްޓް ކުރަން އެނގޭ މީހެއް. 2. ފަންނެއްގެ މާހިރެއް. ފަންނާނެއް.
Mae West
މޭ ވެސްޓް. ނުރަސްމީ ބަހުރުވައިން ވައިޖަހައިގެން ބޭނުންކުރާ ލައިފްވެސްޓް އެއް. މިއަށް ނަންކިޔާފައިވަނީ އެމެރިކާގެ މޭ ވެސްޓް (1892-1980) ކިޔާ އުރަމަތި ބޮޑު ފިލްމީތަރިއަކަށް ނިސްބަތް ކޮށެވެ.
Mafia
މާފިއާ. ނ. 1. އަމުރުވެރި ފަރާތްތަކުގެ ބާރު ގަބޫލުނުކުރާ، ޖަރީމާތައް ހިންގާ ސިއްރުވެރި ސިސިލީގެ ޖަމާޢަތެއް. 2. އެކި ތަކެތި ވަގަށް އެތެރެކުރުމުގައާއި މިފަދަ ނަހަމަ ކުށްތަކުގައި ބައިވެރިވާ އެހެން ޤައުމުތަކުގެ މިފަދަ ޖަމާޢަތެއް. 3. mafia ގަދައަށް ނުފޫޒު ކަންކަމަށް ފޯރުވާ ސިއްރުވެރި ޖަމާޢަތެއް.
mafioso
މާފިއޮސޯ. ނ. މާފިއާގެ މެންބަރެއް.
magazine
މެގެޒީން. ނ. ތުނި ކަރުދާހުގައި ޗާޕުކުރާ، އެތައް ބައެއްގެ މަޒުމޫނާއި ކުރު ވާހަކަ ހިމެނޭ، ކަނޑައެޅިފައިވާ މުއްދަތެއްގައި ނުކުންނަ މަޖައްލާއެއް. 2. އުންޑައާއި ގޮވާ ތަކެތި ބަހައްޓާ ގުދަނެއް. 3. ބަޑީގެ ހޮޅިއަށް އުންޑަ ވެއްދުމުގެ ކުރިން އަޅާ ބަޑީގެ ބައެއް. 4. ފިލްމު ލާ ކެމެރާގެ ފިލްމު ހުންނަ ބައި. ސްލައިޑް ޕްރޮޖެކްޓަރެއްގެ ސްލައިޑް ހުންނަ މިފަދަ ބައި.
magenta
މެޖެންޓާ. ނ. ނއ. ގަދަ ފިޔާތޮށި ކުލަ. ޗާޕުކުރުމުގައި ބޭނުންކުރާ ހަތަރު ކުލައިގެ ތެރޭގައި މި ކުލަ ހިމެނެއެވެ.
maggot
މެގޮޓް. ނ. ގުއިވަޅު މެހި ފަދަ މެހީގެ ފަނި. ފުޅަ. ނއ. maggoty.
Magi
މޭޖައި. ނ. (ނަޞާރާއިން ޤަބޫލުކުރާ ގޮތުގައި) ތުއްތު އީސާގެފާނަށް ހަދިޔާ ހިފައިގެން ތަރިއެއްގެ އެހީގައި މަގުހޯދައިގެން ބައެތުއްލަހަމަށް އައި ތިން ރަސްކަލުން ނުވަތަ ނުޖޫމީ ޢިލްމުވެރީން.
magic
މެޖިކް. ނ. 1. އާދަތަކާ ޚިލާފަށް އެކި ކަންކަން ކޮންޓްރޯލްކުރުމުގެ ޖާދުވީ ބާރާ ބެހޭ ހުނަރު. ޖާދޫ. ސިހުރު. ހާހޫރަ. 2. މިފަދަ ޖާދުވީ ކަންކަމަށް އީމާންވެގެން ކުރާ ޤުދްރަތީ އާދަތަކާ ޚިލާފު ކަންކަން. 3. އާސޯޚުކުރުވަނިވި، ޖާދުވީ ސިފަ. މ. the magic of a spring day. ނއ. magical. ކއ. magically.
magician
މެޖިޝަން. ނ. 1. މުނިފޫހިފިލުވައިދިނުމުގެ ގޮތުން ޖާދޫ ހަދާ މީހެއް. 2. ޖާދޫގަރު. ޖާދޫ ހެދުމުގެ ހުނަރުވެރިއެއް. (ޢ) ސާޙިރު.
magisterial
މެޖިސްޓީރިއަލް. ނއ. 1. މެޖިސްޓްރޭޓަރަކަށް ނިސްބަތްވާ. 2. އަމުރުވެރިކަން ފާޅުވާ. ބޮޑާ އަދި އެހެން މީހުން ތަބާވާންޖެހޭ ކަމަށް ހީވާ. ކއ. magisterially.
magistrate
މެޖިސްޓްރޭޓް. ނ. ޤާނޫނު ހިންގުމުގެ ބާރު އޮންނަ، ކުދި ކަންކަމުގައި ޝަރީޢަތްކޮށް ނިޔާކަނޑައަޅާ ދައުލަތުގެ ފަނޑިޔާރެއް/ގާޒީއެއް. ނައިބެއް.
Magna Charta
މެގްނާ ކާޓާ. ނ. 1215 ވަނަ އަހަރު، އިނގިރޭސި ރަދުން ކަމުގައިވާ ޖޯންގެ ފަރާތުން އެ ޤައުމުގެ ރައްޔިތުން ހޯދި ފަތެއް. މިފަތުގައި ސިޔާސީ އަދި ޒާތީ މިނިވަންކަމާ ބެހޭ ގޮތުން ރައްޔިތުންގެ ޙައްޤުތައް ކަނޑައަޅާފައި ވެއެވެ. މި ޢިބާރާތް، Magna Carta މިގޮތަށް ވެސް ލިޔެއެވެ.
magnanimous
މެގްނެނިމަސް. ނއ. އުޅުމުގައި ދީލަތިކަމާއި މޫރިތިކަން ހުންނަ. ކުދިކުދި ކަންކަމާ މައްސަލަ ނުޖައްސާ. އުޅުން މަތިވެރި. އުދާރަ (ސ). ކއ. magnanimously، ނ. magnanimity.
magnate
މެގްނޭޓް. ނ. (ޚާއްޞަކޮށް ވިޔަފާރީގައި) މުއްސަނދި އަދި ނުފޫޒު ގަދަ މީހެއް.
magnesia
މެގްނީޝަ. ނ. ބަނޑުން/ކަރުން ދިލަނަގަން ފެށުމުން ބޭނުންކުރާ ހުދުކުލައިގެ ކުނޑިއެއް. މި ޖުއްލާބުގެ ގޮތުގައިވެސް ބޭނުން ކުރެއެވެ.
magnesium
މެގްނީޒިއަމް. ނ. ވަރަށް ހުދު ގަދަ އައްޔަކާ އެކު އަނދާ ރިހިކުލައިގެ މަޢުދަނެއް. މި މަޢުދަނަށް ނަންދީފައިވަނީ މި އުންސުރު އެންމެ ފުރަތަމަ ބިމުން ނެގި ގްރީސްގެ ސަރަޙައްދަށް ނިސްބަތްކޮށެވެ.
magnet
މެގްނެޓް. [އެބެފިލި ކިޔަނީ ކުޑަކޮށް ދަމާފައެވެ] ނ. 1. އެއާ ދިމާއަށް ދަގަނޑު ފަދަ ތަކެތި ދަމާ ބާރު ހުންނަ ދަގަނޑު ނުވަތަ އެކަތަ ނުވަތަ އެހެންވެސް މަޢުދަނީ އެއްޗެއް. ރޮއްޖެއްގައި މި އެލުވައިފިނަމަ އުތުރު – ދެކުނު ދިމާއަށް އެ ހުއްޓެއެވެ. 2. ދަމާ ގަދަ ބާރެއް ނުވަތަ ޖަޒުބާތެއް އުފައްދާ މީހެއް ނުވަތަ އެއްޗެއް.
magnetic
މެގްނެޓިކް. ނއ. 1. ދަގަތްފާނުގެ އަސަރު ހުންނަ. 2. ދަގަތްފާނުގެ ބާރުން އުފައްދާ ނުވަތަ ހަރަކާތްކުރާ. 3. މީހުން ތިމާއާ ދިމާއަށް ދެމުމުގެ ބާރު ހުންނަ. މ. ދަގަތްފާނީ މިޒާޖެއް. ޖަޒްބާތީ. ކއ. magnetically. magnetic compass އޭގައިވާ ކަށި ނުވަތަ magnetic needle އުތުރާއި ދެކުނަށް އިޝާރާތްކުރާ ސަމުގާ. magnetic north pole ދަގަތްފާނު ސަމުގާއިން ދައްކާ އުތުރު ތަނޑި. މިއީ ޖޯގްރަފީއިން ކަނޑައަޅާފައިވާ އުތުރު ތަނޑިއާ ތަންކޮޅެއް ދުރުގައިވާ ނަމަވެސް އެއާ ގާތް ތަނެކެވެ. magnetic tape ދަގަތްފާނު ކުނޑިތަތްކޮށްފައި ހުންނަ ޕްލަސްޓިކް ފީތާއެއް. މި ބޭނުންކުރަނީ އަޑު ފަދަ ބައެއް ސިގްނަލްތައް ރެކޯޑުކުރުމަށެވެ.
magnetism
މެގްނެޓިޒަމް. ނ. 1. ދަގަތްފާނުގެ ބާރު ހުންނަ ތަކެތީގެ ސިފަތަކާއި އަސަރުތައް. 2. މިކަމުގެ ޢިލްމު. 3. މީހުންގެ ހިތް ލެއްބުމުގެ ބާރާއި ޖަޒުބާތު. މ. personal magnetism.
magnetize
މެގްނެޓައިޒް. ކ. 1. އެއްޗެއްގައި ދަގަތްފާނު ބާރު ހިފާގޮތް ހެދުން. ދަގަތްފާނުގެ ބާރު އެއްޗަކަށް އެރުވުން. 2. ދަގަތްފާނުހެން އެއްޗެތި އެއާ ދިމާއަށް ދެމުން. 3. ދެމުމުގެ ބާރު (ޖާޒުބިއްޔަތު) މީހެއްގެ ނުވަތަ ބައެއްގެ މައްޗަށް ފޯރުވުން. ނ. magnetization.
magneto
މެގްނީޓޯ. ނ. (ގިނަ ނަމަ magnetos) އިންޖީނުތަކުގެ ސްޕާކް ޕްލަގަށް ބޭނުންވާ ކަރަންޓު އުފައްދަން އިންޖީނުގައި ހަރުކުރާ ކުޑަ އިލެކްޓްރިކް ޖެނެރޭޓަރެއް.
Magnificat
މެގްނިފިކަޓް. ނ. ނަޞާރާ ދީނުގެ ޤަބޫލްކުރުންތަކުގައި، މަރިޔަމްގެފާނު ވިދާޅުވިކަމަށް ބުނާ އޭގެ ބައިތުތައް އެމީހުންގެ އިންޖީލުން ނަގާފައިވާ މަދަހައެއް. މި މަދަހަ ފެށެނީ ”މިއަޅާގެ ރޫޙް ކަލާނގެ މަތިވެރިކުރެއޭ“ ކިޔާފައެވެ.
magnification
މެގްނިފިކޭޝަން. މޭގްނިފިކެއިޝަން. ނ. 1. އެއްޗެއް/ކަމެއް ބޮޑުވާ ބޮޑުވުން. 2. ލެންސް އެއް ފަދަ އެއްޗަކުން ފެންނަ ސޫރައެއް ބޮޑުވާ މިންވަރު.
magnificent
މެގްނިފިސަންޓް. ނއ. 1. ވަރަށް ރީތި، ވަރަށް ފުރިހަމަ. ޝާންދާރު (އ) 2. ފެންވަރު ވަރަށް ރަނގަޅު. ކއ. magnificently. ނ. magnificence.
magnify
މެގްނިފައި. ކ. (magnified, magnifying) 1. އެއްޗެއް އަސްލު ހުރިވަރަށް ވުރެ ބޮޑަށް ދެއްކުން، މ. ބޮޑުވާ ބިއްލޫރި ބޭނުންކޮށްގެން. 2. ކަންބޮޑުކުރުން (މ. ވާހަކަ ދެއްކުމުގައި). 3. (ބޯދާ ބަހުރުވައިން) ކަލާނގެއަށް ސަނާކިޔުން. ނ. magnifier. magnifying glass (ގިޔުގަނޑެއްގައި ހަރުކޮށްފައި ހުންނަ) ބޮޑުވާ ބިއްލޫރި.
magnitude
މެގްނިޓިއުޑް. ނ. 1. އެއްޗެއްގެ ބޮޑުމިން. ސައިޒް. 2. މުހިއްމުކަން. 3. ތަރިއެއްގެ އަލިގަދަކަން. މިކަން މިނާ ޖިންސް. of the first magnitude = ވަރަށް މުހިއްމު.
magnolia
މެގްނޯލިއާ. ނ. ހުދު ބާވަތުގެ މަލެއް އަޅާ ބޮޑު ގަހެއް. [ޗައިނާ ބަހުން ޔޫލާން.]
magnum
މެގްނަމް. ނ. ދޮޅު ލީޓަރުގެ ބަނގުރާ އަޅާފައި ހުންނަ ފުޅި. މި މިންވަރުގެ ރާ.
magpie
މެގްޕައި. ނ. 1. ކާޅު ވައްތަރުގެ ހުދާއި ކަޅު ފަތް ހުންނަ އަޑުގަދަ ދޫންޏެއް. 2. ހުއްޓުމެއް ނެތި ވާހަކަ ދައްކާ މީހެއް. 3. ކުޅިވަރެއްގެ ގޮތުގައި އެކި އެއްޗެތި އެއްކުރާ މީހެއް.
Magyar
މަގްޔަ. ނ. 1. މިހާރު ހަންގެރީގައި ދިރިއުޅޭ ބޯދާ ޒަމާނުގެ ފިންލަންޑް/ހުޅަނގު ސައިބީރިއާގެ މީހުން. 2. މި މީހުންގެ ބަސް. —ނއ. މި މީހުންނަށް ނިސްބަތްވާ. magyar sleeve ބަދަނާ އެއް ފޮތިގަނޑަކުން ފަތި ނުޖަހާ ފަހާފައި ހުންނަ އަތް.
maharaja
މަހާރާޖާ. ނ. އިހުގައި އިންޑިއާ ބައްރުގެ މަނިއްޕުޅުންގެ ލަޤަބު.
maharishi
މަހާރިޝި. ނ. ހިންދީންގެ ބޮޑުންގެ ޙިކްމަތްތެރި މީހެއް.
mahatma
މަހަތުމާ. ނ. އިންޑިއާގެ ފިރިހެނުންގެ މާތް ލަޤަބެއް.
mah-jong
މާޖޮން. ނ. ފިލާގަނޑެއްގެ މަތީގައި އެއްޗެތިތަކެއް އަތުރައިގެން ހަތަރު މީހުން ކުޅޭ ސީނުކަރައިގެ ކުޅިވަރެއް.
mahogany
މަހޮގަނި. ނ. 1. ފަރުނީޗަރު ޖެހުމަށް ބޭނުންކުރާ ރަތްކުލައެއް ހުންނަ ލަކުޑިއެއް. 2. މި ލަކުޑީގެ ގަސް. މިހެދެނީ ހޫނު ޤައުމުތަކުގައެވެ. 3. މި ލަކުޑީގެ ކުލަ.
maid
މެއިޑް. ނ. 1. (އިހުގައި) ޅަ އަންހެނެއް. އަންހެން ކުއްޖެއް. 2. ގޭތެރޭގެ މަސައްކަތްތައް ކުރާ އަންހެން ޚާދިމެއް. maid of honour ރާނީއަކަށް ނުވަތަ ރަސްދަރިކަނބަލަކަށް (ގޮމައަކަށް) ޚާދިމެއްގެ ގޮތުގައި ވަޒީފާއަދާކުރާ މީހަކާ ނުއިދެ ހުރި އަންހެނެއް. ކަސްޓަޑް އެޅި ކުޑަ ޕޭސްޓްރީ ބޯކިބަލެއް.
maiden
މެއިޑްން. ނ. 1. މީހަކާ ނުއިދެ ހުރި އަންހެނެއް. ބިކުރުވެރި އަންހެނެއް. —ނއ. 1. މީހަކާ ދުވަހަކުވެސް ނުއިދެ ހުރި. މ. maiden aunt. 2. (ރޭސް ޖަހާ އަހަކާ މެދު) އަދި އެއްވެސް އިނާމެއް ނުލިބޭ. 3. ފުރަތަމަ. މުލަ. maiden speech, maiden voyage. maidenly ނއ. ނ. maidenhood. maiden name މީހަކާ ނުއިންނަ އިރު ކިޔާ އަންހެނެއްގެ ނަން (ބައެއް ޤައުމުތަކުގައި، މީހަކާ އިނުމުން އަންހެން މީހާގެ އާއިލީ ނަން ބަދަލުކުރެއެވެ.) maiden over ކްރިކެޓްގައި އެއްވެސް ލަނޑެއް ނުލިބޭ އޯވަރު.
maidenhair
މެއިޑްންހެއަރ. ނ. ނަލަ ފެހިކުލައެއްގެ ކުދިފަތްތަކެއް ކަޅު އޮފިތަކުގައި އަޅާ ކުޑަ ކީސްފިލައެއްގެ ބާވަތެއް.
މެއިލް. ނ. ޕޯސްޓް. —ކ. ޕޯސްޓު މެދުވެރިކޮށް ފޮނުވުން. mail-bag ޕޯސްޓުގެ ތަކެތި އަޅާފައި ހުންނަ ބޮޑު ކޮތަޅު/ގޯނި. mailing list ސިޓީ، އީމެއިލް، އިސްތިހާރު ފޮޅި ފަދަ ތަކެތި ފޮނުވާ މީހުންގެ ލިސްޓު. mail order ޕޯސްޓް މެދުވެރިކޮށް މުދަލަށް ކުރާ އޯޑަރު. mail-order firm ޕޯސްޓް މެދުވެރިކޮށް މުދައު ފޮނުވައިގެން ވިޔަފާރިކުރާ ކުންފުނި.
މެއިލް. ނ. އަސްކަރީން ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރާ މަޢުދަނުގެ ބޮޅުތަކެއް ވިޔެގެން ހަދާފައި ހުންނަ ދިފާޢީ ދަހަނާ.
maim
މެއިމް. ކ. ހަށިގަނޑުގެ ކޮންމެވެސް ގުނަވަނެއް ބޭނުން ނުކުރެވޭ ގޮތަށް، ގެއްލުންދިނުން ނުވަތަ ޒަޚަމްކުރުން.
main
މެއިން. ނއ. މައި، ފުރަ، ފުރަދާނަ. އެންމެ މުހިއްމު، ސައިޒުން ނުވަތަ އެހެން ގޮތަކުން އެންމެ ބޮޑު. —ނ. 1. ފެން، އިލެކްޓްރިކް ބާރު، ގޭސް ފަދަ ތަކެތި ގޭގެއަށް ލުމަށް މަގުގައި އޮންނަ ހޮޅި، ނަރު ފަދަ ތަކެތި. އިލެކްޓްރިކް ކޭބްލް ނަމަ ޢާއްމުކޮށް ކިޔަނީ mains އެވެ. we have main drainage = އަހުރެމެންގެ ފާޚާނާ ނިޒާމު ގުޅާފައިވަނީ މަގުމަތީގެ މައި ނަރުދަމާ އާ އެވެ. —ކއ. mainly. have an eye to the main chance ޒާތީ ބޭނުންތަކަށް (އަމިއްލަ މަޞްލަޙަތަށް) ވިސްނާ. in the main = ބޮޑު ބަޔަށް، ޖުމުލަކޮށް ބަލާއިރު. main frame ވަރަށް ބޮޑު ކޮމްޕިއުޓަރެއް.
Maine
މެއިން. ނ. އެމެރިކާގެ ސްޓޭޓް އެއް.
mainland
މެއިންލަންޑް. ނ. ޤައުމެއްގެ/ކޮންޓިނަންޓް އެއްގެ ކުދި ޖަޒީރާތައް ނުހިމަނައި މައި ބައްރު.
mainmast
މެއިންމާސްޓް. ނ. އުޅަނދެއްގެ މައި ކުނބު.
mainspring
މެއިންސްޕްރިން. ނ. 1. ގަނޑިއެއްގެ މައި ކެނބު. 2. ޖަމާޢަތެއް ނުވަތަ މީހެއް ޙަރަކާތްތެރިކުރުވާ މައިގަނޑު މަޤްޞަދު ނުވަތަ ބާރު/ނުފޫޒު.
mainstay
މެއިންސްޓެއި. ނ. 1. މައި ކުނބުގެ ސަވާ. 2. އެއްޗެއް ހިފަހައްޓާ މައިގަނޑު ބާރު.
mainstream
މެއިންސްޓްރީމް. ނ. ޚިޔާލުތަކުގެ ނުވަތަ ފޭޑިތަކުގެ ނުވަތަ އެހެން ކަމެއްގެ އެ އިރެއްގެ މައިގަނޑު ޚިޔާލު ނުވަތަ ފޭޑި.
maintain
މެއިންޓެއިން. ކ. 1. ވަކި ގޮތެއްގައި ދެމިގެންދާގޮތަށް ހެދުން. ދެމެހެއްޓުން. 2. މަރާމާތުކޮށް ބެލެހެއްޓުން. މ. the house is well maintained. 3. އެހީތެރިވެ އަޅައިލުން. މަދަދުވެރިވުން. ކަންތައްތަކެއްގެ ޚަރަދު ދިނުން. maintaining his son in college. 3. ތެދުކަމަށް ބުނުމުގައި ޤަރާރުވެ ހުރުން.
maintenance
މެއިންޓަނަންސް. ނ. 1. މަރާމާތުކޮށް ބަލަހައްޓާ ބެލެހެއްޓުން. maintenance man މިކަން ކުރާ މީހާ. 2. ބެލެހެއްޓުމުގައި ވުން. 3. ޚަރަދުތައް ކުރުމަށް ދެވޭ ފައިސާ. މިގޮތަށް ދެވޭ ދިނުން.
mainsonette
މެއިޒަނަޓް. ނ. 1. ވަކިން ހުންނަ ކުޑަ ގެއެއް. 2. ދެ ބުރި ބޭނުންކުރެވޭ ގޮތަށް، ޢިމާރާތެއްގައި ވަކިން ވަދެވޭ ގޮތަށް ހުންނަ ފުލެޓެއް.
maize
މެއިޒް. ނ. 1. ބޮޑު ކުރައެއްގައި ގޮވާން އަޅާ އުސްކޮށް ހެދޭ ވިނައެއް. ޒުވާރި. 2. ޒުވާރީގެ ފުއްތައް 3. ޒުވާރީގެ ކުރާގަނޑުގައި ހުންނަ ރީނދޫ ކުލަ.
majestic
މެޖިސްޓިކް. ނއ. ޤަދަރު ބޮޑު. އާސޯޚްކުރުވާ. މަތިވެރި. (އ) ޝާންދާރު. ކއ. majestically.
majesty
މެޖިސްޓި. ނ. 1. ތަނެއްގެ ނުވަތަ އެއްޗެއްގެ މަތިވެރިކަން. 2. ރަސްކަމުގެ ބާރު. 3. ރަސްކަލަކަށް ނުވަތަ ރާނީއަކަށް މުޚާޠަބުކުރާ އިރު ބޭނުންކުރާ ލަޤަބު. Your Majesty, Her Majesty.
majolica
މަޔޮލިކާ. ނ. އިޓަލީގައި ކުރިން ތަށިފަދަ ތަކެތި ހަދާ އުޅޭ ފޭޑިއެއް. މީގައި ހުންނަނީ ގަދަ ކުލަތަކަކުން ކުރެހުން އަޅާ ޒީނަތްތެރިކޮށްފައެވެ.
major
މޭޖަރ. މެއިޖަރ. ނއ. 1. އެހެން އެއްޗަކަށް ވުރެ ބޮޑު، މަތިވެރި، މުހިއްމު. 2. (ބަލިމީހުން އޮޕަރޭޝަން ކުރުމާ މެދު) މީހާގެ ފުރާނައަށް ނުރައްކާ ވެދާނެ. 3. (މިޔުޒިކާމެދު) ހިތްގައިމު މިޔުޒިކް ސްކޭލްއަކަށް އަޑު ނިސްބަތްވާ. —ނ. މިޔުޒިކީ ބޭންޑު ގްރޫޕެއްގެ ވެރިއަކަށް ހުންނަ އޮފިސަރެއް. މ. drum major. —ކ. ކޮލެޖެއް، ޔުނިވަރސިޓީއެއް ފަދަ ތަނެއްގައި ވަކި މާއްދާއަކަށް ޚާއްޞަވެ ކިޔެވުން.
major
މޭޖަރ. މެއިޖަރ. ނ. އަސްކަރީންގެ ތެރޭގައި، ކެޕްޓަން އަށް ވުރެ މަތި، ލެފްޓިނަންޓް ކާނަލް އަކަށް ވުރެ ދަށް މަޤާމު. މި މަޤާމުގައި ހުންނަ މީހާ.
major-domo
މޭޖަރ-ޑޯމޯ. ނ. ބޮޑު ގެއެއްގެ އިސް ޚާދިމު. ބަނޑޭރި.
majorette
މެއިޖަރެޓް. ނ. އަނބުރާ ނުވަތަ އެއްލާ ކުރު އަސައެއް ހިފައިގެން ބޭންޑެއްގައި ހުންނަ، އެކަމުގެ ވެރި އަންހެނެއް.
majority
މެޖޯރަޓި. ނއ. 1. ޖަމާޢަތެއްގެ ނުވަތަ ބައެއްގެ ގިނަ މީހުން. އަޣްލަބިއްޔަތު. 2. އެހެން ބަޔަކާ އަޅާ ބަލާއިރު، އިންތިޚާބެއްގައި ގިނަވި ވޯޓުގެ އަދަދު. 3. (ޤާނޫނުގައި) ފުރާވަރު. މިއީ ބައެއް ޤައުމުތަކުގައި 15 އަހަރު، އަނެއް ބައި ޤައުމުތަކުގައި 18 އަހަރު. މ. attained his majority. majority verdict ޝަރީޢަތެއް ބެލި ޖަމާޢަތެއްގެ މީހުންގެ ތެރެއިން ގިނަ މީހުންނަށް ފެނުނު ގޮތް.
make
މެއިކް. މޭކް. (made, making) ކ. 1. ބައިތަކަކުން ނުވަތަ އެއްޗެތިތަކަކުން ހެދުން، އުފެއްދުން، ބިނާކުރުން، ތައްޔާރުކުރުން. 2. އެއްބަސްވުމެއްގެ ގޮތުގައި ނުވަތަ ޤާނޫނީ ލިޔުމެއްގެ ގޮތުގައި އެކުލަވައިލުން. މ. make a will = ވަސިއްޔަތެއް އެކުލަވައިލުން. 3. (ގަވާއިދުތައް، ދަރަޖަތައް، ޤާނޫނުތައް) އެކުލަވައިލުން، ކަނޑައެޅުން. 4. ބޭނުންކުރެވޭ ގޮތަށް ތައްޔާރުކުރުން. make the beds = އެނދުތަންމަތި އެޅުން. 5. ވާގޮތް ހެދުން. ވުޖޫދުކުރުން. އުފެއްދުން މ. make difficulties, make peace. 6. ނަތީޖާއެއްގެ ގޮތުގައި ހާމަވުން. ދޭކާއި ދޭކާ ވީމާ ވަނީ ހަތަރެއް = two and two make four. 7. ވުން. ނަތީޖާއެއްގެ ގޮތުގައި ވުން. it made me happy = އެކަމުން އަހުރެން އުފާވިއެވެ. don’t make a habit of it = އެކަން އާދައަކަށް ނުހަދާށެވެ. make a day of it = އެއް ދުވަހެއް ވަންދެން ކަމެއް ކުރުން. 8. ބުއްދީގައި ރާވާލުން. make a decision = ކަމެއް، ޤަރާރެއް ފިކުރުގައި ކަނޑައެޅުން. 9. މަންޒިލަކަށް އާދެވުން، ކާމިޔާބެއް ޙާޞިލްވުން. މ. we made London by midnight. she finally made the team. 10. ނުރަސްމީ ބަހުރުވައިން، ރޭލަކަށް އެރުން. އަންހެނަކާ ޖިމާޢުވުން. 11. ވުން. ބައްޓަންވުން. this makes pleasant reading = މިވީ ހިތްގައިމު ކިޔާލުމަކަށެވެ = މިވީ ކިޔާލަން ހިތްގައިމު އެއްޗަކަށެވެ. she made him a good wife = އެކަބުލޭގެވީ އޭނާއަށް ރަނގަޅު އަނތްބަކަށެވެ. 12. ލިބުން، މަންފާވުން. make friends, make a profit. 13. އެއްޗަކާ މެދު ދެކޭގޮތް ކަނޑައެޅުން. see what you can make of her letter = އެއިން ދޭހަވަނީ ކޮންކަމެއްކަން. 14. ކުރުވުން، މަޖުބޫރުކުރުން. make him repeat it = އޭނާ ލައްވާ ކަން އަލުން ކުރުވާށެވެ. 15. ކަމެއް ފުރިހަމަކުރުން. ކަމެއް ކުރުން. make an attempt. make war. 16. ކާމިޔާބުވާނެކަން ކަށަވަރުކުރުން. this made my day. 17. ކަމެއް ކުރާ ވައްތަރު ޖަހާގޮތަށް ހަރަކާތްތެރިވުން. he made to go. — ނ. make. ނ. 1. އެއްޗެއް ހަދާފައިވާ ގޮތް، އެއްޗެއްގެ ހެދުން. 2. އެއްޗެއް އުފެއްދި ތަން. މ. our own make of shoes, British make. — be made for ކަމަކަށް އެންމެ އެކަށީގެންވާ. be the making of ކަމެއް ކާމިޔާބުވުމުގެ މައި ސަބަބަކަށްވާ. have it made (ނުރަސްމީ ބަހުރުވައިން) ކާމިޔާބުވާނެކަން ޔަޤީންވާ. the makings of އެއްޗަކަށް ވުމުގެ މައިގަނޑު ސިފަތައް ހުރި. މ. he had the makings of a good manager. a made man ދުނިޔޭގައި ކާމިޔާބު މީހަކަށް ވެފައި. make believe ނުވާކަމެއް ވާކަމަށް ހެދުން. make-believe ނއ. ނުވާކަމެއް ވާކަމަށް ހެދިގެން އުޅޭ. ނ. ހެދިގެން އުޅޭ އުޅުން. (ހ) ދިކާވާ. make conversation ހަމައެކަނި އިޖްތިމާޢީ އަދަބުތަކަށްޓަކައި މީހުންނާ ވާހަކަދައްކައި އުޅުން. make do އެންމެ އެކަށީގެންނުވާ ތަކެތިން ފުއްދާލުން. make for މަންޒިލަކާ ދިމާއަށް ގޮނޑުވުން. އެއްޗަކަށް، ތަނަކަށް ފޯރާތޯ އުޅުން. އެކަމުން ކަމެއް ޙާޞިލްވާ، އަސަރެއް ނުކުންނަ. މ. it makes for domestic harmony. make good ކާމިޔާބުވުން. ތަނަވަސްކަން ލިބުން. make good the loss ގެއްލުމުގެ ބަދަލު ދިނުން. make good the damage ވި ގެއްލުން މަރާމާތުކުރުން. made good his escape ރައްކާވެގެން ދިއުމުގައި ކާމިޔާބުވުން. make it ބޭނުންކަމެއް ޙާޞިލްވުން. ކާމިޔާބު ހޯދުން. make it up ޒުވާބަކަށް ފަހު އަލުން ރައްޓެހިވުން. make it up to someone މީހަކަށް ބަދަލުދިނުން. make love ބައްދައި ދޮންދިނުން. ޖިމާޢުވުން. make money ބޮޑު މަންފާއެއް ލިބިގަތުން. make much/little of ކަމެއް ބޮޑު ކަމެއްގެ ގޮތުގައި/ކުޑަކަމެއްގެ ގޮތުގައި ދުށުން. make much of a person މީހަކަށް މާބޮޑަށް ސަމާލުކަންދީ ތަޢުރީފުކުރުން. make off އަވަހަށް ދުރަށް ދިއުން. ބެޗުން. make off with ވަގަށް ނަގައިގެން ފިލުން. ހިފައިގެން ދިއުން. make out ލިސްޓެއް ފަދަ އެއްޗެއް އެކުލަވައިލުން. ކިރިޔަ ކިރިޔާ ފެނުން ނުވަތަ ކިޔަން އެނގުން. made out a shadowy figure. އެއްޗެއް/ކަމެއް ދެނެގަތުން. މ. I can’t make him out = އަހުރެންނަކަށް އޭނާގެ އުޅުމެއް/ޠަބީޢަތެއް/ބޭނުމެއް ނޭނގެއެވެ. ކަމެއް ތިމާގެ ކިބައިގައި ހުރިކަމަށް ދެއްކުން. މ. made him out to be a fool. (ނުރަސްމީ ބަހުރުވައިން) ނަތީޖާއެއްގެ ގޮތުގައި ދެއްކުން/ނެރުން. މ. how did you make out?. make over އެއްޗެއްގެ މިލްކުވެރިކަން ބަދަލުކުރުން. އެހެން ބޭނުމަކަށް ބަދަލުކުރުން. make room އެހެން އެއްޗަކަށް ޖާގަހެދުމަށް ތަކެތި/މީހުން އެއްފަރާތްކުރުން. make shift = make do. make time ކަމެއް ކުރުމަށް ވަގުތު ލިބޭގޮތަށް ކަންކަން ރޭވުން. make up އެއްޗެއް ބައްޓަންކުރުން، އުފެއްދުން، ރޭވުން، އެކުލަވައިލުން، ބޭސް ފަދަ އެއްޗެއް ތައްޔާރުކުރުން، ވާހަކައެއް ފަދަ އެއްޗެއް އެކުލަވައިލުން. ކުށަކަށް ގެއްލުމަކަށް ބަދަލުދިނުން. މަދުވާ ބައި ހިމަނައިދީގެން އެއްޗެއް ފުރިހަމަކުރުން. މޫނު ރީތިކުރާ ތަކެތި އުނގުޅުން. make up one’s mind ކަމެއް ބުއްދީގައި ވަކިގޮތަކަށް ކަނޑައެޅުން. make up to a person މަންފާއެއް ލިބިގަތުމަކަށްޓަކައި މީހަކަށް ތަޢުރީފުކުރުން. make-up ހަންގަނޑު ރީތިކުރުމަށް މޫނުގައި ނުވަތަ އެހެންތަނެއްގައި އުނގުޅާ ބޭސް. އެއްޗެއް އުފެދި، ރޭވިފައިވާ ގޮތް. އެއްޗެއް އެކުލެވިފައިވާ ބައިތައް، ބަހާތައް. މީހެއްގެ މިޒާޖާއި ޠަބީޢަތް. on the make ނުރަސްމީ ބަހުރުވައިން ފައިދާއެއް (ޢާއްމުކޮށް ނަހަމަ ގޮތެއްގައި) ހޯދުމަށް އެދުންވެރިވެފައިވާ.
maker
މެއިކަރ. ނ. އެއްޗެއް އުފައްދާ ފަރާތް. our Maker ނ. ކަލާނގެ.
makeshift
މޭކްޝިފްޓް. މެއިކްޝިފްޓް. ނ. ވަގުތީ ގޮތުން ބޭނުންކުރުމަށް ތައްޔާރުކުރާ ކޮންމެ އެއްޗެއް. —ނއ. ވަގުތީ ބޭނުމަށް ބޭނުންކުރާ.
makeweight
މޭކްވެއިޓް. ނ. 1. ފުރިހަމަ ބަރުދަން ގެނައުމަށް އެއްކުރާ ކުޑަ މިންވަރެއް. 2. ފުރިހަމަ ކުރަން އިތުރަށް އެއްކުރާ ކޮންމެ އެއްޗެއް.
Malacca
މަލަކަ. ނ. ބާވަތެއްގެ ރުކަކުން އުފައްދާ މުށިކުލައިގެ އަސައެއް.
malachite
މެލެކައިޓް. ނ. ވަރަށް އޮމާންކުރެވޭ ފެހިކުލައިގެ ހިލައެއް.
maladjusted
މެލްއެޖިސްޓިޑް. ނއ. (މީހަކާ މެދު) ޢާއްމު ދިރިއުޅުމަށް ހޭނިފައި ނުވާ. ދިރިއުޅުމުގެ ކަންކަމަށް ޅައިރުން ފެށިގެން ރަނގަޅަށް ތަމްރީނުކުރެވިފައި ނުވާ. ނ. maladjustment.
maladministration
މެލްއެޑްމިނިސްޓްރޭޝަން. ނ. ރައްޔިތުންނާ ގުޅޭ އިދާރީ ކަންކަން ހިންގުމުގައި، ގޮތެއް، އުސޫލެއް ނެތްކަން. ބޮއްސުންލާފައިވާ ހިންގުން.
maladroit
މެލެޑްރޮއިޓް. ނއ. ފަރިތަނޫން. ހަރަކާތްތަކުގައި އޮމާންކަން ނެތް، ހުނަރުވެރިކަން ނެތް.
malady
މެލެޑި. ނ. ބަލިވެ އުޅޭ އުޅުން. ބައްޔެއް. ރޯގާ.
Malagasy
މެލަގަސި. ނ. މެޑަގަސްކަރ އަށް ނިސްބަތްވާ. —ނ. މެޑަގަސްކަރ ގެ މީހެއް.
malaise
މެލޭޒް. ނ. ބަލިވުމުގެ އިޙްސާސް. ބަލިމަޑުކަން. ސިކުނޑިއަށް އުނދަގޫވުމުގެ އިޙްސާސް.
malapropism
މެލެޕްރޮޕިޒަމް. ނ. ލަފުޒުތައް އޮޅުވާލުމުގެ ސަބަބުން މާނަ ހެއްވާ ގޮތަކަށް ބަދަލުވާ އަދަބީ އުކުޅެއް. މ. “a man of great statue in our city.”މި ޢިބާރާތުގައި ބުނަން އުޅެފައި އެވަނީ stature އެވެ.
malaria
މެލޭރިއާ. ނ. މަދިރިން ޖެހޭ ހުން އަންނަ ބައްޔެއް. ނއ. malarial.
malathion
މެލެތިއޯން. ނ. މަދިރި ފަދަ ދިރުން މެރުމަށް ފޮސްފޮރަސް އަޅައިގެން ހަދާ ބޭހެއް.
Malawi
މަލާވި. ނ. އެފްރިކާގެ މެދުގައިވާ ޤައުމެއް. ނއ. ނ. Malawian.
Malay
މެލޭ. ނއ. އިންޑޮނީސިއާ އާއި މެލޭޒިއާގައި އުޅޭ މީހުންނަށް ނިސްބަތްވާ. ނ. 1. މި ސަރަޙައްދުގެ މީހެއް. 2. މި މީހުންގެ ބަސް.
Malaya
މެލަޔާ. ނ. މެލޭޒިއާގައި ހިމެނޭ ސްޓޭޓްއެއް. ނ. ނއ. Malayan.
Malaysia
މެލޭޒިއާ. ނ. ދެކުނު އިރުމަތީ އޭޝިއާގެ ސިންގަޕޫރު ކައިރީގައިވާ ޤައުމެއް. ނ. ނއ. Malaysian.
malcontent
މެލްކަންޓެންޓް. ނ. ކަންތައްތައް ހުރި ގޮތާ މެދު ހިތްހަމަ ނުޖެހި އަބަދުހެން ޝަކުވާކުރާ މީހާ. މިފަދަ މީހުން އިދިކޮޅަށް މަސައްކަތް ކުރާނެއެވެ.
Maldive Islands
މޯލްޑިވް އައިލަންޑްސް. ނ. ދިވެހިރާއްޖެއަށް ކުރިން ބިދޭސީން ކިޔާ އުޅުނު ނަމެއް. ނ. ނއ. Maldivian.
male
މޭލް. ނއ. 1. ފިރިހެން. އަންހެން ބިހާ ތަސްމީދުކޮށްގެން ޅަ އެއްޗެއް އުފަންކުރާ ޖިންސް. 2. (ގަހާ މެދު) ކަރުދާ ހުންނަ ގަސް ނުވަތަ ގަހުގެ މި ބައި. އޮށް އުފެދެނީ މި ބަޔަކުން ނޫނެވެ. 3. ފިރިހެނެއްގެ ނުވަތަ ފިރިހެން. މ. male voice. — ނ. ފިރިހެން މީހާ، ގަސް، ޖަނަވާރު.
malediction
މެލިޑިކްޝަން. ނ. ނުބައި ގޮތްތައް މެދުވެރިވުމަށް އެދި ބުނާ ބަސް. ލަޢުނަތް.
malefactor
މެލިފެކްޓަރ. ނ. ކުށްކުރާ މީހެއް. މުޖުރިމެއް.
malevolent
މެލެވަލަންޓް. ނއ. އެހެން މީހުންނަށް ނުބައި ގޮތްގޮތް ވުމަށް އެދޭ. ނ. malevolence.
malformation
މެލްފޯމޭޝަން. ނ. ސިފަޖެހުމުގައި ނުބައިގޮތަކަށް ސިފަޖެހުން. ނުބައިކޮށް އުފެދިފައިވާ. ނއ. malformed.
malfunction
މެލްފަންކްޝަން. ނ. (މ. މެޝިނެއް) ނުބައިކޮށް ހިނގާ ހިނގުން ނުވަތަ މަސައްކަތް ކުރާ ކުރުން. —ކ. ޚަރާބުވުން. ރަނގަޅަށް ނުހިނގުން.
Mali
މާލި. ނ. ހުޅަނގު އެފްރިކާގެ ޤައުމެއް. ނއ. ނ. Malian.
malice
މެލިސް. ނ. އަނިޔާއެއް ކުރުމަށް ނުވަތަ ޖެއްސުން ކުރުމަށް ހުންނަ އެދުންވެރިކަން. ހިތްނުބައިކަން.
malicious
މެލިޝަސް. ނއ. އަނިޔާ/ގެއްލުން ދިނުމަށް ޤަޞްދުކޮށް. ހިތްނުބައިކަން ހާމަވާ/އިޙްސާސްވާ. ހިތްނުބައިކަމުން ކުރި. a malicious look in his eyes. ކއ. maliciously.
malign
މެލައިން. ނއ. 1. ގެއްލުން ލިބޭ. މ. a malign influence. 2. ގެއްލުން ދޭނެކަމަށް ނުވަތަ ލިބޭނެކަމަށް ފެންނަ/ހާމަވާ. —ކ. ތެދުނޫން އަދި ނުރަނގަޅު އެއްޗެއް މީހަކާ ނުވަތަ އެއްޗަކާ މެދު ބުނުން. ބަދުނާމު ކުރުން. maligning an innocent person. ނ. malignity.
malignant
މެލިގްނަންޓް. ނއ. 1. (ހަށިގަނޑުގައި ސެލްތައް ކޮންޓްރޯލެއް ނެތި ގިނަވެގެން އުފެދޭ ގަނޑާމެދު) ކޮންޓްރޯލެއް ނެތި ބޮޑުވަމުންދާ. 2. ނަފްރަތާއި ރުޅިވެރިކަން ދައްކާ ނުވަތަ އިޙްސާސްވާ. ކއ. malignantly. ނ. malignancy.
malinger
މެލިންގަރ. ކ. މަސައްކަތް ނުކުރުމަށްޓަކައި ބަލިކަމަށް ހެދުން. ނ. malingerer.
mall
މޯލް. ނ. ޝޮޕިން މޯލް (ބަލާ mall)
mallard
މެލާޑް. ނ. ބާވަތެއްގެ އަސްދޫންޏެއް. މީގެ ފިރިހެން އެތީގެ ފިޔަތައް ހުންނަނީ ފެހިކުލައިގައެވެ.
malleable
މެލިއަބްލް. ނއ. 1. މަރުތޭލަކުން ޖަހައިގެން ބައްޓަން ބަދަލުކުރެވޭ، މ. ރަތުލޯ ފަތަކީ މިފަދަ އެއްޗެކެވެ. 2. މީހެއްގެ ނުފޫޒު ފޯރުވަން ފަސޭހަ. ފަސޭހައިން ކަންކަމަށް ފަރިތަވާ، އާދަވާ. ނ. malleability.
mallee
މެލީ. ނ. އޮސްޓްރޭލިއާގެ ސަހާރަތަކުގައި ހެދޭ އާވި ފަތްތަކެއް ހުންނަ ގަހެއް.
mallet
މެލިޓް. ނ. 1. ވަޑިން ފަދަ މީހުން ބޭނުންކުރާ ލަކުޑި، ޕްލާސްޓިކް، ރަބަރު ފަދަ އެއްޗަކުން ބޯ ހަދާފައި ހުންނަ މުގުރެއް. 2. މި ސިފައަށް ޕޯލޯ ފަދަ ކުޅިވަރު ކުޅެން ގެންގުޅޭ ދަނޑި ދިގު މުގުރެއް.
mallow
މެލޮއު. ނ. ފަތާއި އޮފީގައި ކެހެރި ހުންނަ ފިޔާތޮށި، ދަނބު، ހުދު މައު އަޅާ ގަހެއް.
malmsey
މާމްޒީ. ނ. ބާރު ގަދަ، ފޮނިރަހަދޭ ބަނގުރަލެއް.
malnutrition
މެލްނުޓްރިޝަން. ނ. އެކަށީގެންވާ މިންވަރަށް ކަނާދު ހުރި ކާނާ ނުލިބޭ ނުލިބުން.
malodorous
މެލޮޑްރަސް. ނއ. ވަސް ނުބައި.
malpractice
މެލްޕްރެކްޓިސް. ނ. ޤާނޫނާ ޚިލާފު، ނޭދެވޭ، ގަވާއިދުތަކާ ފުށުއަރާ ކުށެއް.
malt
މޯލްޓް. ނ. 1. ފެން ޖައްސައި ކޯދުލުމުން ހިއްކާފައި ހުންނަ ހިމަ ގޮދަން ފަދަ ގޮވާން އޮށް. މިހެން ހެދުމުން އޭގެ ރަހަ މީރުވެއެވެ. މި ބޭނުންކުރަނީ ކާބޯތަކެތި ހެދުމަށާއި ރާހުތް ހެދުމަށެވެ. 2. މީގެން ރަހަލައްވާފައި ހުންނަ ބަނގުރާ. malted milk ހިކިކިރާއި މޯލްޓް ބޭނުންކޮށްގެން ހަދާފައި ހުންނަ ބޯކިރު.
Malta
މޯލްޓާ. ނ. މެޑިޓަރޭނިއަން ކަނޑުގައިވާ ޖަޒީރާ ޤައުމެއް. Maltese ނ، ނއ. Maltese Cross ކާލިގަނޑެއްގެ ގޮތުގައި ހުންނަ ނަޞާރާއިންގެ ޞަލީބެއް. މީގެ ކޮޅުތައް ހުންނާނީ ހުރަހަށް ފުޅާކޮށްފައެވެ.
maltreat
މެލްޓްރީޓް. ކ. ބޭއަދަބީކޮށް، އިޙްތިރާމެއް ނެތި ކަންކަން ކުރުން. ނ. maltreatment.
mama
މަމާ. ނ. (ބޯދާ ލަފުޒެއް) މަންމަ.
mamba
މަންބާ. ނ. ކަޅު އަދި ފެހި ކުލައިގައި ހުންނަ ގަހުގައި އުޅޭ ދެކުނު އެފްރިކާގެ ހަރުފައެއް.
mamma
މާމާ. ނ. (ބޯދާ ލަފުޒެއް) މަންމަ.
mammal
މެމަލް. ނ. ޅަ އެއްޗިއްސަށް ގާތުން ކިރުދޭ ހައިވާނު. ނއ. މެމޭލިއަން mammalian.
mammary
މެމަރި. ނއ. އުރަމައްޗަށް ނިސްބަތްވާ. mammary gland ޅަ ހައިވާނު ބޯނެ ކިރު އުފައްދާ ގުނަވަން.
Mammon
މެމަން. ނ. އިންޖީލުގައި ހިމެނޭ ލަފުޒެއް. މި ލަފުޒު ބޭނުންކުރަނީ މުދަލަށެވެ. ޚާއްޞަކޮށް މުދަލަކީ އިންސާނާއަށް ނޭދެވޭ ނުފޫޒެއް ހިންގާ އެއްޗެއްގެ ގޮތުގައެވެ.
mammoth
މެމޮތް (ތ ސުކުން ކިޔާނީ ފިއްތިއަޑުން) ނ. ނަސްލު ގެއްލި ހުސްވެފައިވާ ކެހެރި ގިނަ އެތެއް ވައްތަރުގެ ބޮޑު ޖަނަވާރެއް. —ނއ. ވަރަށް ބޮޑު.
mammy
މެމީ. ނ. (ކުޑަކުދީންގެ ލަފުޒެއް) މަންމަ.
man
މޭން. ނ. (ގިނަ ނަމަ men) 1. ވާހަކަ ދެއްކުމުގެ ހުނަރާއި ކޮޅަށް ހިނގުމާއި އާދަޔާ ޚިލާފު ހުޝިޔާރު ބުއްދި ލިބިފައިވާ އެހެން ހައިވާނުތަކާ ތަފާތު އެއްޗެއްގެ ގޮތުގައި އާދަމުގެ ދަރިއެއް، އިންސާނެއް. 2. އިންސާނުން. 3. ތަސައްރަފު ފުދިފައިވާ ފިރިހެނެއް. 4. މާހިރެއްގެ ގޮތުގައި، ނުވަތަ އެހީތެރިއެއްގެ ގޮތުގައި ފިރިހެނެއް. މ. if you want a good teacher, he is your man. 5. ކޮންމެ ޖިންސެއްގެ ނަމަވެސް އިންސާނެއް. 6. ފިރިހެންވަންތަކަން ހުރި ފިރިހެނެއް. Is he man enough to do it?. 7. ފިރިހެން ޚާދިމެއް، ނޯކަރެއް، މަސައްކަތު މީހެއް. 8. އަސްކަރީންގެ ތެރެއިން އޮފިސަރެއް ނޫން މީހެއް. 9. ރާޒުވާ ފަދަ ފިލާގަނޑެއްގައި ކުޅޭ ކުޅިވަރުތަކުގައި، ބޭނުންކުރާ ކުޅިއެއް. މ. ބޮނދު. —ކ. (manned, manning) ކަމެއް ކުރުމަށް މީހުން ހަމަޖެއްސުން. މ. man the pumps = ޕަންޕު ހިންގަން މީހުން ދާށެވެ. as one man އެކުގައި. be one’s own man އެހެން މީހުންގެ އެހީއާ ނުލައި މިނިވަންވެގެން އުޅުން. man about town އިޖްތިމާޢީ މުނިފޫހިފިލުވުމުގައި ގިނަ ވަގުތު ހޭދަކުރާ ފިރިހެނެއް. man-hour ކަންކަން މިނުމުގެ ވަޒަނެއްގެ ގޮތުގައި އެކަކަށް ގަޑިއެއްގެ އިރުން ކުރެވޭ މަސައްކަތް. man-hunt މީހަކު ހޯދުމަށް، ޚާއްޞަކޮށް ކުށްވެރިއަކު ހޯދުމަށް، ރާވައިގެން ހޯދައިބެލުން. man in the street އާދައިގެ މީހެއް، ކަމެއްގެ މާހިރެއް ނޫން. man-made އިންސާނުން އުފައްދާފައި، ޤުދްރަތީ އެއް ނޫން. man of the house ގޭބިސީއެއްގެ އިސް ފިރިހެން މީހާ. man of the world ބަލާ world. man-sized ނއ. ފިރިހެނަކަށް ކަމުދާ، ފިރިހެނެއްގެ ސައިޒުގެ. man to man ފޮރުވުމެއް ނެތި ސާފުކޮށް. to a man އިސްތިސްނާއެއް ނެތި ކޮންމެ މީހަކަށް.
Man.
ކުރުކޮށް މެނިޓޯބާ. Manitoba.
manacle
މެނަކްލް. ނ. ދެ އަތުގައި އަޅާ ބިޑީގެ ތެރެއިން އެއް އަތުގައި އަޅާ ބިޑި. —ކ. އަތުގައި ބިޑިއެޅުން.
manage
މެނިޖް، މެނެޖް. ކ. 1. (ޚާއްޞަކޮށް ދަތި) ކަމެއް ކުރުމުގައި ނުވަތަ ކަމެއް ހައްލުކުރުމުގައި ކާމިޔާބުވުން. 2. މަދު ފައިސާކޮޅަކުން ދިރިއުޅުން ފުއްދާލުމުގައި ކާމިޔާބުވުން. 3. ވަކި ވަގުތެއްގައި ކަމެއް ކުރުމަށް ނުވަތަ ކަމަކަށް ސަމާލުކަން ދިނުމަށް ކުޅަދާނަވުން. 4. (ޚާއްޞަކޮށް ވިޔަފާރިއެއް ނުވަތަ މުވައްޒަފުންތަކެއް) އިންތިޒާމުކޮށް ކޮންޓްރޯލް ކުރުމަށް ޒިންމާވުން. ހިންގުން. 5. މެޝިނެއް އާލަތެއް ފަދަ އެއްޗެއް ރަނގަޅަށް ހިންގަން އެނގުން. 6. ސަނާކިޔައިގެން ނުވަތަ އެހެންވެސް ހީލަތްތެރި އުކުޅެއް ބޭނުންކޮށްގެން ބޭނުންވާ ގޮތަށް މީހަކު ލައްވާ ކަމެއް ކުރުވުން. [މި ލަފުޒު އުފެދިފައިވަނީ، އަހެއް ތަމްރީނުކުރަން، ހޭނުމަށް، ބޭނުންކުރާ ލަފުޒުންނެވެ. ޢަރަބިބަހުން އަދާރު، ޖަޕާނުބަހުން ކަންރި، އުރުދޫބަހުން އިންތިޒާމުކުރުން.]
manageable
މެނިޖަބްލް. ނއ. ކަމެއް ހިންގުމަށް ކުޅަދާނަ.
management
މެނިޖްމަންޓް. ނ. 1. ކަމެއް ހިންގާ ހިންގުން. ހިންގުމުގައިވުން. 2. ވިޔަފާރިއެއް ފަދަ ކަމެއް ހިންގުމުގެ ނިޒާމު ނުވަތަ އިންތިޒާމުތައް. މިކަމުގައި ބައިވެރިވާ މީހުން.
manager
މެނިޖަރ. ނ. 1. ވިޔަފާރިއެއް ފަދަ ކަމެއް ހިންގުމުގެ ޒިންމާ ނަގާ ފަރާތް. 2. ކުޅިވަރު ޓީމެއްގެ ނުވަތަ ފަންނުވެރިއެއްގެ ކަންކަން ބަލަހައްޓާ މީހާ. 3. ވަކި ގޮތަކަށް ގޭގެ ކަންތައްތައް ހިންގާ މީހާ. މ. she is a good manager. managerial ނއ. manageress ނ. ވިޔަފާރިއެއް ފަދަ ކަމެއް ހިންގާ އަންހެނެއް.
managing
މެނިޖިން. މެނެޖިން. ނއ. 1. ކަމާކެމި އިންތިޒާމުކުރުމުގެ ވެރިކަން ލިބިގެންވާ. މ. managing director. 2. މީހުންގެ މައްޗަށް އަމުރުކޮށް ކޮންޓްރޯލްކުރަން ބޭނުންވާ.
Manama
މަނާމާ. ނ. ބަޙްރައިންގެ ވެރިކަން ކުރާ ޝަހަރު.
Managua
މަނަގްވާ. ނިކަރާގުއާގެ ވެރިކަން ކުރާ ޝަހަރު.
Mancunian
މެންކިޔުނިއަން. ނއ. އިނގިރޭސި ޝަހަރެއްކަމަށްވާ މެންޗެސްޓަރ އަށް ނިސްބަތްވާ. —ނ. މި ޝަހަރުގެ ރައްވެއްސެއް.
mandarin
މެންޑަރިން. ނ. 1. ނުފޫޒުގަދަ، ބާރުގަދަ ވެރިފަރާތުގެ ބޮޑެއް. 2. ތޮށި ފަސޭހައިން ނައްޓާލެވޭ ޗައިނާ އާއި އުތުރު އެފްރިކާގައި ހެދޭ އޮރެންޖެއް. 3. ޗައިނާގައި ކުރީން ގިނަ ބަޔަކު ވާހަކަ ދައްކާ އުޅުނު ސީނު ބަހުރުވަ. mandarin collar ގަމީހާއި ހެދުމުގެ ބޭރަށް ނުމަޅާ ހުންނަ ކުރިމަތިން ކިރިޔާ ބެދޭ، ތެދަށް ހުންނަ ކަރު.
mandatary
މެންޑަޓަރި. ނ. މެންޑޭޓެއް އޮންނަ މީހާ. މެންޑޭޓަކީ ކަމެއް ކުރުމަށް އޮންނަ ރަސްމީ ހުއްދައެވެ.
mandate
މެންޑެއިޓް. ނ. ކަމެއް ކުރުމަށް ނުވަތަ ސިޔާސަތުތަކެއް ހިންގުމަށް ބަޔަކަށް ނުވަތަ މީހަކަށް ނުވަތަ މުއައްސަސާއަކަށް ދީފައި އޮންނަ އަމުރުވެރިކަން.
mandatory
މެންޑަޓަރީ. ނއ. މަޖުބޫރު. ކޮންމެހެން ކުރަންޖެހޭ.
mandible
މެންޑިބްލް. ނ. 1. ދަތްދޮޅި. އަނގައިގެ ތިރީބައި. 2. ދޫންޏެއްގެ ތުބުގެ މަތީބައި ނުވަތަ ތިރީބައި. 3. ހަޝަރާފަދަ ސުއިއްޕެއްގެ މި ބައި.
mandolin
މެންޑޮލިން. ނ. ހަތަރު ނަރު ހިމެނޭ، އަޑުފޮށީގެ ތިރީބައި ވަށްކޮށް ހުންނަ ގިޓާ ފާޑުގެ މިޔުޒިކީ އާލަތެއް.
mandrake
މެންޑްރޭކް. ނ. ހުދު/ދަނބު މާ އަޅާ، ރީނދޫ މޭވާއެއް ގަންނަ ވިހަ ގަހެއް.
mane
މޭން. ނ. 1. އަހެއްގެ ނުވަތަ ސިންގާއެއްގެ ކަރުގައި އޮންނަ ދިގު ކެހެރިގަނޑު. 2. ފިރިހެނެއްގެ ދިގު އިސްތަށިގަނޑު.
manful
މޭންފުލް. ނއ. ކެރުން ހުރި. ޖެހިލުން ކުޑަ. ޢަޒުމް ގަދަ. ކއ. manfully.
manganese
މެންގެނީޒް. ނ. ހަރު، މުރަނަ އަޅިކުލައެއްގެ މަޢުދަނެއް/އުންސުރެއް. މީގެ އޮކްސިޖަން އާ އެކުވެފައި ހުންނަ މަޢުދަން.
mange
މޭންޖް. ނ. ސުއިއްޕަކުން ކެހެރި ހުންނަ ޖަނަވާރުތަކުގެ ހަންގަނޑަށް ޖެހޭ ބައްޔެއް.
mangel-wurzel
މެންގަލް-ވާޒަލް. ނ. ގެރިބަކަރިއަށް ކާންދޭން ހައްދާ ބާވަތެއްގެ ގޮނޑިއެއް ހުންނަ ގަހެއް.
manger
މެންޖަރ. ނ. ގެރިބަކަރިއަށް ކާންއަޅާ އުވަދޯންޏެއްގެ ސިފައިގައި ހުންނަ ފޮށިގަނޑެއް.
mangle
މެންގްލް. ނ. ދޮވުނު އެއްޗެތީން ފެން ހިއްކަން ގެންގުޅޭ، ފިއްތަން ދެ ފޯލި ހުންނަ މެޝިނެއް. އެއްޗެތި ހިއްކަނީ ދެ ފޯލި ދޭތެރެއަށް ލައި ފިއްތައި ފޯލި އަނބުރައިގެންނެވެ. —ކ. މިފަދަ އެއްޗަކުން ފިއްތުން.
mangle
މެންގްލް. ކ. ކަފައި ކޮށައިގެން ނުވަތަ ފިއްތައި އަނބުރައިގެން ސިފަ ގެއްލޭ ގޮތަށް ހަލާކުކޮށްލުން.
mango
މެންގޮއު. ނ. 1. ރީނދޫކުލައިގެ ވަރިއެއް ހުންނަ ހޫނު ސަރަޙައްދުތަކުގައި ހެދޭ މޭވާ އަޅާ ގަހެއް. އަނބު ގަސް. 2. މިގަހުގެ މޭވާ
p class=”headword”>mangrove
މެންގްރޯވް. ނ. ލޮނު ހުންނަ ތިލަ ހިސާބުތަކުގައި ހެދޭ ގަހުގެ ބައެއް މޫތައް ލޮނުގެ މައްޗަށް ހުންނަ ގަހެއް. ފާ.
mangy
މޭންޖި. ނއ. (mangier, mangiest) ނއ. 1. ހަމުގައި ޖެހޭ މެންޖް ބަލި ޖެހިފައިވާ. 2. ހަޑި. ގިނަ ދުވަސްވަންދެން ބޭނުންކޮށް ހަޑިވެފައިވާ.
manhandle
މޭންހެންޑްލް. ކ. 1. އަތުގެ ބާރުން އެއްތަނުން އަނެއް ތަނަށް އެއްޗެއް ގެންދިއުން. 2. މީހަކު ތަނަކަށް ގެންދިއުމަށް ނުވަތަ ހިފެހެއްޓުމަށް ގަދަބާރުން އުޅުން.
manhole
މޭންހޯލް. ނ. ހޮޅިއެއް، ބޮއިލަރެއް ނަރުދަމާއެއް ފަދަ އެއްޗަކަށް ވަދެވޭ ގޮތަށް މަތިޖަހާފައި ހުންނަ އާނގައެއް. މ. މަގުމަތީގައި އޮންނަ ފާޚާނާ ހޮޅިތައް ބެލުމަށް ވަންނަ އާނގަ.
manhood
މޭންހުޑް. ނ. 1. ފިރިހެނަކަށް ވެފައި ހުރުމުގެ ޙާލަތު. މ. reach manhood. ތަސައްރަފު ފުދިފައިވާ ފިރިހެނަކަށް ވެފައިވުން. 2. ފިރިހެނުންގެ ސިފަތައް. މ. ކެރުން. 3. ޤައުމެއްގެ ފިރިހެނުން.
mania
މޭނިއާ. ނ. 1. އެއްޗަކަށް ހުންނަ ވަރަށް ބޮޑު ޝައުޤުވެރިކަމެއް. މިކަމުގެ ސަބަބުން އޭނާގެ ވަގުތާއި ފިކުރު އެކަމަށް މުޅިން ހުސްވެއެވެ. މ. a mania for sport. 2. މީހެއްގެ މުޅި ސަމާލުކަން އެއްކަމަކަށް ހުސްވެ ވާ މޮޔަ.
maniac
މޭނިއަކް. ނއ. މޭނިއާ ބަލި ޖެހިފައިވާ މީހެއް.
maniacal
މެނިއަކަލް. ނއ. ކަމަކާ މޮޔަވެފައިވާ. މި ބަލިޖެހިފައިވާ މީހަކަށް ނިސްބަތްވާ. މޮޔަވެފައިވާ މީހެއް ފަދައިން. ކއ. manically. On a couple of occasions he ran manically into the road.
manic-depressive
މެނިކް-ޑިޕްރެސިވް. ނއ. މާބޮޑަށް އުފާވެފައި އެއަށްފަހު މޮޅިވާ ނަފްސާނީ ބައްޔަކަށް ނިސްބަތްވާ. ނ. މިބަލި ޖެހިފައިވާ މީހެއް.
manicure
މެނިކުޔަރ. ނ. އަތުގެ ހަންގަނޑު އޮމާންކޮށް މަޑުކުރުމަށާއި ނިޔަފަތިތައް ނަލަކުރުމަށް އަތަށް ކުރާ ޒީނަތްތެރިކަމާ ގުޅޭ ބޭސްފަރުވާއެއް. ނ. manicurist. މިފަދަ ފަރުވާ ދޭ، ތަމްރީނު ލިބިފައިވާ މީހެއް.
manifest
މެނިފެސްޓް. ނއ. އޮޅުމެއް ނެތް. ސާފު. —ކ. ސާފުކޮށް އެއްޗެއް ދެއްކުން. ކަމެއްގެ އިޝާރާތްތަކެއް ދެއްކުން. the crow manifested its approval by cheering. —ނ. އުޅަނދަކުން ގެންދާ މުދަލުގެ ނުވަތަ ފަސިންޖަރުންގެ ލިސްޓެއް. ނ. manifestation.
manifesto
މެނިފެސްޓޯ. ނ. އުސޫލުތައް ނުވަތަ ސިޔާސަތުތައް ޢާއްމުންނަށް ހާމަކުރާ ބަޔާނެއް.
manifold
މެނިފޯލްޑް. ނއ. އެކި ބާވަތް ބާވަތުގެ. Despite her manifold faults, she was a strong leader. —ނ. އެތައް ހޮޅިތަކެއް ނުވަތަ އާގަތަކެއް ގުޅޭ އެއްޗެއް. މ. އިންޖީނެއްގެ ސިލިންޑަރުތަކުން ނުކުންނަ ހޮޅިތައް ގުޅޭ ބައި.
manikin
މެނިކިން. ނ. ހަށިގަނޑު ކުޑަ ފިރިހެނެއް. ކުރެއް.
Manila
މެނިލާ. ނ. ފިލިޕީންސްގެ ވެރިކަން ކުރާ ރަށް.
manilla
މެނިލާ.(މިގޮތަށް ވެސް ލިޔޭ manila) ނ. ސިޓީއުރަ ހެދުމަށާއި ޕާރުސަލް ކުރަން ބޭނުންކުރާ މުށިކުލައިގެ ކަރުދާހެއް.
manioc
މެނިއޮކް. ނ. 1. ދަނޑިއަލުވި. 2. މީގެ ފުއް.
manipulate
މެނިޕުލެއިޓް. ކ. 1. ނަހަމަގޮތަކަށް، މީހަކު ލައްވާ ކަންކަން ކުރުވަން އޭނާގެ މައްޗަށް ނުފޫޒުފޯރުވުން. އަމިއްލަ ފައިދާއަށް އެއްޗެއް ނުވަތަ މީހެއް ކޮންޓްރޯލް ކުރުން. ގިނަ ފަހަރު މިކަން ކުރަނީ މަކަރުވެރި، ބޭއިންސާފުވެރި ގޮތެއްގައެވެ. 2. އެއްޗެއް ހުނަރާއެކު ބޭނުންކުރުން. 3. މަކަރުވެރިކަމާއެކު ނުވަތަ ހުޝިޔާރުކަމާއެކު ނުފޫޒުފޯރުވުން، ތަރުތީބުކުރުން. manipulate figures ހިސާބުތައް އަމިއްލަ ފައިދާއަށް ބަދަލުކުރުން. ނ. manipulation. ނ. manipulator.
Manitoba
މެނިޓޯބާ. ނ. ކެނެޑާގެ ޕްރޮވިންސް އެއް.
mankind
މޭންކައިންޑް. ނ. އިންސާނުން. އިންސިން. އިންސާނީ ނަސްލު.
manly
މޭންލި. ނއ. ފިރިހެނުންގެ ސިފަ ހުރި (މ. ކެރުމާއި ބާރު)، (ފ) މަރުދާނާ. ފިރިހެނަކަށް ކަމުދާ. ނ. manliness.
manna
މަންނާ. ނ. 1. އިންޖީލުގައި، އަދި ޤުރްއާންގައި، މޫސާގެފާނުން މިސުރުން ނެރެލެއްވުމުން، މުޢުޖިޒާތަކުން މަތިން ފޭބި ކާއެއްޗެއް. 2. އުއްމީދު ނުކުރަނީސް ލިބުނު ހިތްގައިމު އެއްޗެއް.
manned
މޭންޑް. ބަލާ man. ނއ. (ޖައްވީ އުޅަނދާ މެދު) ފަޅުވެރިން ހިމެނޭ.
mannequin
މެނިކިން. ނ. 1. ވިއްކުމުގެ ބޭނުމުގައި، އެކި ބާވަތުގެ ހެދުން އަޅައިގެން ހާމަކުރާ އަންހެނެއް. 2. މިބޭނުމުގައި، ފިހާރަތަކުގައި ބަހައްޓާ ބުދު. 3. މިފަދަ ބޭނުންކުރާ އެހެން ބުދު.
manner
މެނަރ. ނ. 1. ކަމެއް ކުރާ ގޮތެއް ނުވަތަ ވާގޮތެއް. އުސްލޫބު. 2. އެހެން މީހުންނާ މެދު މީހަކު އުޅުން ބަހައްޓާގޮތް. ސުލޫކު. 3. ބާވަތް. ވައްތަރު. all manner of things ހުރިހާ ބާވަތެއްގެ އެއްޗެތި. in a manner of speaking މިސާލެއްގެ ގޮތުގައި މީހަކު ބުނާ އެއްޗެއް. (މިހެން ބުނަނީ އެއްޗެއްގެ ބާރު ދަށްކުރުމަށް ނުވަތަ އިތުރު ސިފައެއް ގެނައުމަށެވެ.) manners އިޖްތިމާޢީ ރީތި އުޅުމުގެ ގޮތްތައް. good manners; he has no manners = އޭނާގެ ކިބައިގައި އުޅުމުގެ ރީތި ގޮތްތަކެއް ނެތެވެ.
mannered
މެނާޑް. ނއ. 1. ވަކި ބާވަތެއްގެ އުޅުމެއް ހުރި. މ. well-mannered އުޅުން ރަނގަޅު. އަޚްލާޤް ހުރި. 2. ހަށިގަނޑުން އެކި ބާވަތްތަކުގެ އާދަކޮށް ކުރާ ޙަރަކާތްތަކެއް ކުރާ.
mannerism
މެނަރިޒަމް. ނ. މީހެއްގެ ކިބައިހުންނަ އޭނާ އާދަކޮށް ކަމެއް ކުރާ ގޮތެއް ނުވަތަ ގެންނަ ހަރަކާތެއް.
mannerly
މެނަރލީ. ނއ. އަދަބުވެރި. އުޅުންހުރި.
mannish
މެނިޝް. ނއ. ފިރިހެން ގޮތްގަޑު/ސިފަތައް ހުރި. ފިރިހެނުންނަށް ކަމުދާ.
manoeuvre
މެނޫވަރ. ނ. 1. އުޅަނދެއް (ނުވަތަ އަސްކަރީންގެ ބައެއް) ކުރިން ރާވައި ކޮންޓްރޯލެއްގެ ދަށުން ކުރާ ޙަރަކާތް. 2. ހުޝިޔާރު މަކަރުވެރި ހީލަތެއް. the manoeuvres of politicians to achieve their purposes. —ކ. 1. ފަރުވާތެރިކަމާއެކު އެއްޗެއް ހުރިތަނުން އެހެން ތަނަކަށް ގެންދިއުން، ދަތުރުކުރާ މިސްރާބު ބަދަލުކުރުން. manoeuvred the car into the garage. 2. މިފަދަ ޙަރަކާތެއް ކުރުން. 3. މަކަރުވެރިކަމާއެކު ނުވަތަ ހުނަރުވެރިކަމާއެކު ވަކި ދިމާއަކަށް ގެންދިއުން. މ. manoeuvred the conversation towards money. manoeuvre ލަޝްކަރު ނުވަތަ މަނަވަރުތައް ތަމްރީނުތަކުގައި ނުވަތަ އެހެންވެސް ކަންކަމުގައި އެކި ދިމަދިމާއަށް ޖެއްސުން.
man-of-war
މޭން-އޮވް-ވޯ. ނ. ޤައުމެއްގެ ހަނގުރާމަތީ ގުރާބެއް، ބޯޓެއް. މަނަވަރު.
manor
މޭނަރ. ނ. 1. ބޮޑު ބިމަކާ އެކު ރަށްފުށުގައި ހުންނަ ބޮޑު ގެއެއް. manor-house މި ގެ. 2. ފުލުހުންގެ ވަކި ސެކްޝަނެއްގެ ބެލުމުގެ ދަށުގައިވާ ސަރަޙައްދު. ނއ. manorial.
manpower
މޭންޕަވަރ. ނ. 1. މީހަކު އަތުންފައިންލާ ބާރު. 2. މަސައްކަތެއް ކުރުމަށް، ޚިދުމަތެއް ދިނުމަށް މަސައްކަތް ކުރާ މީހުންގެ ޢަދަދު.
mansard
މެންސާޑް. ނ. ބައެއް ބިނާތަކުގައި ފުރާޅު އަޅާ ގޮތެއް. މި ގޮތުގައި ވަށައިގެން އަސްކަންޏާ ދިމާއަށް ހުންނަ ފުރާޅު ހުންނަނީ ކަތި ވަރަށް ބޮޑަށެވެ. މަތީބައިގައި ކަތި އެއަށް ވުރެ ކުޑަވާނެއެވެ.
manse
މޭންސް. ނ. ސްކޮޓްލަންޑްގައި ފައްޅިއެއްގެ ވެރިމީހާ އުޅޭ ގެ.
manservant
މޭންސާވަންޓް. ނ. ފިރިހެން ޚާދިމެއް.
mansion
މެންޝަން. ނ. 1. ބޮޑު ބިޔަ ގެއެއް. ހަވޭލި. 2. ބޮޑު ޢިމާރާތެއްގައި ވަކީން ދިރިއުޅެވޭ ގޮތަށް ހުންނަ ތަނަވަސް ފްލެޓެއް ނުވަތަ ބައެއް. the Mansion House ލަންޑަންގެ މޭޔަރ އުޅޭ ރަސްމީ ގެ.
manslaughter
މޭންސްލޯޓަރ. ނ. ޤަޞްދުގައި ނޫންގޮތަކަށް މީހަކު ޤާނޫނާ ޚިލާފަށް މަރައިލުން ނުވަތަ ކަމަކަށް ފަރުވާ ނުބަހައްޓައި ކުރިކަމަކުން މަރައިލުން.
mantel
މެންޓްލް. ނ. ފިނި ޤައުމުތަކުގައި ގެ ހޫނުކުރަން ހުންނަ އުނދުނުގެ ފާރުގެ ވަށައިގެން ހުންނަ ބައި. މި އުނދުނުގެ އާނގައިގެ އޮޅި. އާނގައިގެ މަތީގައި އޮންނަ މަތާރަންފިލާ.
mantelpiece
މެންޓްލްޕީސް. ނ. ފިނި ޤައުމުތަކުގެ ގެ ހޫނުކުރަން ދަރު އަންދާ އުނދުނުގެ މަތީގައި ފާރުގައި ހަރުކޮށްފައި ހުންނަ މަތާރަންފިލާ.
mantilla
މެންޓިލާ. ނ. ސްޕެއިންގެ އަންހެނުން ބޮލާއި ކޮނޑު ނިވާކުރަން އަޅާ ރޭނދާއިން ހަދާފައި ހުންނަ ކުޑަ ބުރުގާއެއް.
mantis
މެންޓިސް. ނ. މަސްކާށި ވައްތަރުގެ ހަޝާރާއެއް.
mantle
މެންޓްލް. ނ. 1. ވަކިން އަތް ނުހުންނަ ޖުއްބާއެއް. އަބާޔާ. 2. މިވައްތަރަށް ހުންނަ އެހެން އެއްޗެއް. އެއްޗެއްގެ ބޭރުންލާ ނިވަލެއް، ފަރުދާއެއް. މ. a mantle of secrecy 3. ގޭހުން ދިއްލާ ބައްތީގައި (މ. ބިގަރުގައި) ހަރުކުރާ ފަސޭހައިން ހަލާކުވާ ދައުކޮޅެއް. މި ދައުގަނޑަށް ހޫނުވުމުން ވަރަށް ގަދަ އައްޔެއް ނުކުމެއެވެ. މެންޓެލި. —ކ. އަބާޔާއެއް ފަދައިން ކަމެއް ނުވަތަ އެއްޗެއް ނިވާކުރުމަށް ފަރުދާއެއް ލުން.
mantra
މެންޓްރާ. މަންޓްރާ. ނ. ބުދުދީނުގެ މީހުން، ޔޯގާގައި ނުވަތަ އެހެން ވެސް ޙަރަކާތެއްގައި، ތަކުރާރުކޮށް ކިޔާ ޒިކުރު ފާޑުގެ ކިޔެވެއްޔެއް.
mantrap
މޭންޓްރެޕް. ނ. ދަނޑު ފަދަ ތަންތަނަށް ވަދެ ވަގަށް ތަކެތި ނަގަން އުޅޭ މީހުން ހިފަން ގެންގުޅޭ ދަންތުރައެއް ނުވަތަ ދައްޗެއް.
manual
މެނުއަލް. ނއ. 1. އަތަށް ނިސްބަތްވާ. އަތު. 2. އަތުން ހިންގާ ނުވަތަ ކުރާ. މ. manual labour އަތުން ކުރާ މަސައްކަތް. manual gear-change (ކާރުގެ) ގިޔަރު އަތުން ބަދަލުކުރާ، އޮޓޮމެޓިކް ގިޔަރެއް ނޫން. —manual ނ. 1. އަތްމަތީ ފޮތް. 2. އަތުން (ފަޔަކުން ނޫން) ކުޅޭ މިޔުޒިކް ކީބޯޑް. ކއ. manually.
manufacture
މެނުފެކްޗަރ. ނ. 1. މެޝިން ބޭނުންކޮށްގެން ގިނައިން ތަކެތި (ވިޔަފާރިއަށް) އުފެއްދުން، ހެދުން. 2. އީޖާދުކުރުން. މ. manufacture an excuse = (ދޮގު) އުޛުރެއް ދެއްކުން. —ނ. ތަކެތި ގިނައިން އުފެއްދުމުގެ ކަމާކެމި، ހަރަކާތް. —ނ. manufacturer.
manure
މެނުއަރ. ނ. ބިންގަނޑު ރަނގަޅުކުރުމަށް ބޭނުންކުރާ ގެރިގުއި، އަހުގުއި، ކުކުޅުގުއި. ކާދުގެ ގޮތުގައި ބޭނުންކުރާ ތަކެތި. (ޢ) ސަމާދު. ޕޯރާ. —ކ. ކާދު ދަނޑަށް އެޅުން.
manuscript
މެނުސްކްރިޕްޓް. ނ. 1. ޗާޕުކުރުމުގެ ކުރީން ލިޔުންތެރިއަކު އަތުން ލިޔެފައިވާ ނުވަތަ ޓައިޕްކޮށްފައިވާ އަސްލު ކޮޕީ. 2. އަތުން ލިޔެފައިވާ ލިޔުމެއް. އަތުލިޔުމެއް.
Manx
މޭންކްސް. ނއ. އައިލް އޮފް މޭން ކިޔާ އިނގިރޭސި ޖަޒީރާއަށް ނިސްބަތްވާ. ނ. Manxman, Manxwoman މިރަށުގެ ސެލްޓިކް ޤަބީލާގެ މީހެއް. Manx cat ނިގޫ ނުހުންނަ ބުޅަލެއް.
many
މެނީ. ނއ. (more, most) ވަރަށް ގިނަ. ޢަދަދު ގިނަ. ޒިޔާދު. ކަޘީރު. many a time = އެތައް ފަހަރަކު. —ނ. އެތައް ގިނަ ޢަދަދެއްގެ މީހުން ނުވަތަ ތަކެތި. މ. many were found = ގިނަ ޢަދަދެއްގެ މީހުން/ތަކެތި ފެނުނު.
Maoism
މައޮއިޒަމް. ނ. ޗައިނާގެ ކޮމިޔުނިސްޓް ލީޑަރެއްގެ ފަލްސަފާ ނުވަތަ ސިޔާސަތު. ނ. Maoist.
Maori
މައޮރި. ނ. އިނގިރޭސީން ނިޔު ޒީލަންޑް ހިފުމުގެ ކުރީން އެ ތަނުގައި ދިރިއުޅުނު މީހުން. ނއ. އެމީހުންނަށް ނިސްބަތްވާ.
map
މެޕް. ނ. ބިމުގައި ނުވަތަ އުޑުގައިވާ ތަރިތައް ހުރި ތަންތަން ނުވަތަ މިންތައް ފާހަގަކޮށްފައިވާ ޗާޓެއް. ނަޤްޝާ. (ސ) ސިތިޔަމަ. —ކ. 1. މިފަދަ ޗާޓެއް ތައްޔާރުކުރުން. 2. ތަފްޞީލްއާ އެކު ކަމެއް ރޭވުން. put a thing on a map ނުރަސްމީ ބަހުރުވައިން މީހެއް ނުވަތަ އެއްޗެއް މަޝްހޫރުކުރުން ނުވަތަ މުހިއްމުކުރުން.
maple
މެއިޕްލް. ނ. ފަތް ފުޅާކޮށް ހުންނަ ގަހެއް. މި ގަސް ރީއްޗަކަށް އަދި ލަކުޑިއަށްޓަކައި ހައްދައެވެ. މި ގަހުގެ ކިރަކީ ރުކުރާ ފަދައިން ފޮނިރަހައެއް ދޭ އެއްޗެކެވެ.
Maputo
މަޕޫޓޯ. ނ. މޮޒަމްބިކްގެ ވެރިކަން ކުރާ ޝަހަރު.
mar
މަރ. ކ. (marred, marring) ހަޑިކުރުން، ގެއްލުންދިނުން. ކަމެއް ނުވަތަ އެއްޗެއް ކުރިއަށް ވުރެ ހިތްގައިމު ވިޔަ ނުދިނުން.
marabou
މަރަބޫ. ނ. 1. އެފްރިކާގައި އުޅޭ އިރުވާހުދު ފާޑުގެ ތުން ބޮޑު ދޫންޏެއް. 2. އެކި އެއްޗެތި ޒީނަތްތެރިކުރަން މ. އަންހެނުންގެ ތޮފި ބޭނުންކުރާ އޭގެ ބަނޑުފަރާތު ފަތް.
maraschino
މަރަސްކީނޯ. ނ. ޗެރީ (ޢ. ކަރުޒު) އިން އުފައްދާ ބާރުގަދަ ފޮނި ބަނގުރަލެއް.
marathon
މެރެތަން. ނ. 1. ދިގު ރާސްތާއެއްގެ ދުވާ ރޭހެއް. އޮލިމްޕިކްސްގައި މި ދިގުމިނަކީ 26 މޭލެވެ. އެއީ ގާތްގަޑަކަށް 42 ކިލޯމީޓަރެވެ. 2. މިފަދަ ދިގު ކޮންމެ ރޭހެއް. ބުންވަރު ޓެސްޓް ކުރެވޭ މިފަދަ ކޮންމެ ކަމެއް.
marauding
މެރޯޑިން. ނއ. ލޫޓުވާލުމުގެ ބޭނުމުގައި އަރައިގަނެގެން އުޅޭ. ނ. marauder މިކަން ކުރާ މީހާ.
marble
މާބްލް. ނ. 1. ޢިމާރާތް ކުރުމަށާއި ތަކެތި ހެދުމަށް ބޭނުންކުރާ ބާވަތެއްގެ ގަލެއް/ހިލައެއް. ސަންގުމަރުމަރު. 2. މިއިން ހަދާފައިވާ ބުދެއް. މ. the Elgin marbles. 3. ކުޑަކުދީން ކުޅެން ގެންގުޅޭ ގަލުން ނުވަތަ ބިއްލޫރިން ހަދާފައިވާ ކުދި ބޯޅަތަކެއް. ފަސްއޮށް ކުޅޭ އޮށް. —ނއ. ސަންގުމަރުމަރު ހިލަފަދަ ހަރު އަދި އޮމާން. އެއާ ވައްތަރު. marbled ނއ. (ގެރި ފަދަ ޖަނަވާރުގެ މަހާ މެދު) މަސްގަނޑުގެ ތެރޭގައި، ސަރުބީހުންނަ ފަށަލަތައް ނުވަތަ ސަރުބީ ހުރި ނާރުތައް ހިމެނޭ. [މިބާވަތުގެ މަސް މީރުކަމަށް ވެއެވެ.]
marcasite
މާކަސައިޓް. ނ. ދަގަނޑުގެ ބާވަތެއް. މިއީ ބިމުގައި ހުންނަ ބާވަތެކެވެ. ޖަވާހިރެއްގެ ގޮތުގައި އޮފުކޮށްގެން ގެންގުޅެއެވެ.
March
މާޗް. ނ. މީލާދީ ސަނަތުގެ ތިންވަނަ މަސް.
march
މާޗް. ކ. 1. ސިފައިން ހިނގާ ގޮތަށް ފިޔަވަޅުތައް އެއްވަރަށް ބަހައްޓައިގެން ހިނގުން. އިންތިޒާމެއްގެ މަތިން ފައްޗަކަށް ހިނގުން. 2. ހަރުދަނާ ކަމާއެކު ބޭނުމެއް އޮވެގެން ހިނގުން. މ. he marched up to the manager. 3. ހިންގުވުން. މާޗްކުރުވުން. marched them up the hill. 4. ސާބިތުކަމާއެކު ކުރިއަށް ދިއުން. މ. time marches on. —ނ. 1. މާޗް ކުރާ ކުރުން. މިކަން ކުރި ދިގުމިން ނުވަތަ ރާސްތާ. protest march އިޙްތިޖާޖުކުރުމުގެ މަގުމަތީގައި ޕެރޭޑެއްހެން ހިނގުން. 2. ކުރިއެރުން. ތަރައްޤީ. މ. the march of progress 3. މާޗް ކުރަން ކަމުދާ ބާވަތުގެ މިޔުޒިކް. ނ. marcher. get one’s marching orders ދިއުމަށް އަމުރު އައުން. march-past ސެލިއުޓް ނަގާ ކަހަލަ ސަރަޙައްދެއް ހުރަސްކޮށް، ރަސްމިއްޔާތެއްގައި ކުރާ މާޗް. on the march މާޗްކުރަމުންދާ، ކުރިއަށް ދާ.
marches
މާޗަސް. ނ. ޤައުމެއްގެ އިމު ކައިރި ސަރަޙައްދު.
marchioness
މާޝަނަސް. ނ. 1. ޤައުމެއްގެ މާކްވިސް ކިޔާ ލަޤަބު ލިބިފައިވާ ބޮޑެއްގެ އަނބިމީހާ ނުވަތަ އޭނާގެ ހުވަފަތް އަނބި. 2. މި ލަޤަބު ލިބިފައިވާ އަންހެނެއް.
mare
މެއަރ. ނ. އަހެއް ފަދަ ޖަނަވާރެއްގެ އަންހެން އެތި. mare’s nest = ވަރަށް މޮޅު ހޯދުމެއް ކަމަށް ހީކުރި، ނަމަވެސް އަގެއް ނެތް ބޭކާރު ހޯދުމެއް.
margarine
މާޖަރީން. މާގަރީން. ނ. ޖަނަވާރު ތެލުން ނުވަތަ ތަރުކާރީ ތެލުން އުފައްދާ ބަޓަރު ފަދަ އޮލަ އެއްޗެއް.
marge
މާޖް. ނ. ނުރަސްމީ ބަހުރުވައިން މާޖަރީން.
margin
މާޖިން. ނ. 1. އެއްޗެއްގެ އަރިމަތި. ހަވާސާ. 2. ސަފުހާއެއްގައި ޗާޕުނުކޮށް، ނުލިޔެ ވަށައިގެން އޮންނަ ހަވާސާ. 3. ކަމެއްގެ އެންމެ ކުޑަ މިންވަރާ އަޅާބަލާއިރު އިތުރަށް އޮންނަ ބައި. was defeated by a narrow margin = ބަލިކުރީ ވަރަށް ހަނި މިންވަރަކުންނެވެ. margin of safety ރައްކާތެރިކަމަށްޓަކައި އިތުރަށް ހިމަނާ މިންވަރު. 4. (ވިޔަފާރީގައި) ޖެހުނު އަގާއި ވިއްކާ އަގާ ދެމެދުގެ ފަރަގު. މ. profit margin.
marginal
މާޖިނަލް. ނއ. 1. ސަފުހާގެ ހަވާސާގައި ލިޔެފައިވާ. 2. އަރިމަތީގައި، އަރިއާ ކައިރީގައި. 3. މިންވަރު ވަރަށް ކުޑަ. its usefulness is marginal. marginal seat ރައްޔިތުންގެ މަޖިލީހުގެ ނުވަތަ ކައުންސިލެއްގެ މެންބަރެއްގެ ގޮޑި: އަޣްލަބިއްޔަތު ކުޑަކަމުން ފަސޭހައިން އެހެން ފަރާތަކުން ހޯދިދާނޭ. ކއ. marginally.
marguerite
މާގަރީޓް. ނ. ރީނދޫ ކަރުގަނޑެއްގެ ވަށައިގެން ހުދު ފިޔަ ހުންނަ މަލެއް އަޅާ ގަހެއް.
marigold
މެރިގޯލްޑް. ނ. ގަދަ ރީނދޫ ކުލައިގެ މަލެއް އަޅާ ބަގީޗާގަހެއް. ސަނދުބަރަކަ.
marijuana
މަރްވާނާ. މަރިހްވާނާ. ނ. ޢަމަލުވުމަށް ބޯ ނުވަތަ ކައިއުޅޭ ހެމްޕް އާއިލާގެ ގަހެއްގެ ހިއްކި ފަތް. ގަންޖާ.
marina
މެރީނާ. ނ. މަޖަލަކަށް ދުއްވާ ދޯނި، ނައު، ޔޮޓް ފަދަ ތަކެތި އަޅާ ބަނދަރެއް.
marinade
މެރިނޭޑް. ނ. މަސް ފިހުމުގެ ނުވަތަ ކެއްކުމުގެ ކުރީން އެކި ބާވަތުގެ ރަހަ ލެއްވުމަށް މަސް ދެތިން ގަޑިއިރު ވަންދެން އެއަށްލުމަށް ހަވާދާއި އެހެން ތަކެތި އެއްކޮށްގެން ހަދާފައި ހުންނަ އޮލަ އަސާރައެއް ފަދަ ދިޔަގަނޑެއް —ކ. މިފަދަ ދިޔަގަނޑަކަށް މަސްލުން ނުވަތަ މަހުގައި މި ދިޔަ އުނގުޅުން.
marine
މެރީން. ނއ. ކަނޑުގެ. ކަނޑަށް ނިސްބަތްވާ. ކަނޑުގައި އުޅޭ. މ. marine animals. 2. މުދާއުފުލާ ބޯޓު ފަހަރާ ބެހޭ. ކަނޑާ ބެހޭ. މ. marine insurance. —ނ. 1. ޤައުމެއްގެ ކަނޑުގައި ދުއްވާ ބޯޓުފަހަރު. މ. the mercantile marine. ކަނޑުމަތީ ލަޝްކަރުގެ މީހެއް. tell that to the marines = (ނުރަސްމީ ބަހުރުވައިން) އަހުރެން ތި ވާހަކަ ޤަބޫލެއް ނުކުރަން.
mariner
މެރިނަރ. ނ. ކަނޑުދަތުރުކުރާ މީހެއް.
marionette
މެރިއަނެޓް. ނ. ވައުފަށުން ހިންގާ ކުޑަކުޑަ ޕަޕެޓެއް. (ސ) ބޯނިކަ.
marital
މެރިޓަލް. ނއ. ކައިވެންޏާ ބެހޭ. ދެމަފިރިންނާ ބެހޭ. ޒަވާޖީ.
maritime
މެރިޓައިމް. ނއ. 1. ކަނޑަށް ނިސްބަތްވާ: ކަނޑުގައި އުޅޭ، ކަނޑު ކައިރީގައި އުޅޭ، ކަނޑާ ކައިރި. މ. maritime provinces. (ޢ) ބަޙްރީ، (ހ) ސަމަންދުރީ. (ސ) ނެވިކަ. 2. މުދާ އުފުލާ ބޯޓު ފަހަރާ ގުޅޭ. ކަނޑުދަތުރާ ބެހޭ. މ. maritime law.
marjoram
މާޖަރަމް. ނ. ކާތަކެތީގައި ރަހަ ލެއްވުމަށް ބޭނުންކުރާ މެދުތެރޭ ކަނޑު ހިސާބު ޤައުމުތަކުގައި ގެންގުޅޭ ފަތެއް. (ހ) ކުތަރަ.
mark
މާކް. ނ. ޖަރުމަނުގައި ބޭނުންކުރި ފައިސާ.
mark
މާކް. ނ. 1. ވަށައިގެންވާ ތަނާ ތަފާތު އަދި ގިނަ ފަހަރު އެކަމުގެ ސަބަބުން އެއްޗެއް ހުތުރުވާ ރޮނގެއް ނުވަތަ ލަކުނެއް. ފާހަގަ. ކޫރުން. 2. ވަކި އެއްޗެއްކަން ފާހަގަ ކުރެވޭ ސިފައެއް، ޢަލާމާތެއް، ނިޝާނެއް. ފާހަގަ. 3. އިޙްސާސެއް ނުވަތަ ފެންވަރު އަންގައިދޭ ނިޝާނެއް. މ. a mark of respect އިޙްތިރާމް ކުރުމުގެ ޢަލާމާތެއް. 4. އެއްޗެއްގެ މިލްކުވެރިކަން ނުވަތަ އުފެއްދިތަން އަންގައިދޭ ނިޝާނެއް. Mark One/Two މެޝިނެއްގެ ނުވަތަ އާލަތެއްގެ ފުރަތަމަ/ދެވަނަ ފަރުމާ. 5. ލިޔެފައިވާ ނިޝާނެއް ނުވަތަ ރަމްޒެއް. 6. ގިނަ ދުވަހަށް ހިތުގައި ހުންނަ އަސަރެއް. poverty had left its mark. 7. ކުރި މަސައްކަތަކާ ގުޅިގެން ނުވަތަ ލިޔުނު އެއްޗަކާ ގުޅިގެން އޭގެ ފެންވަރު ވަޒަންކޮށް ވަޒަންކުރި މީހާ އެއަށް ދިން ދަރަޖަ ނުވަތަ ވިޔަ ޢަދަދު. މ. got high marks, deserves a good mark for effort = ހިތްވަރަށް ޤަދަރުދޭން ޖެހޭ. 8. އަމާޒެއް. ހުންނަންޖެހޭ ފެންވަރެއް ނުވަތަ މިޢުޔާރެއް. not feeling up to the mark = މުޅީން ދުޅަހެވެއް ނޫން. 9. އެއްޗެއް ހުރި ތަން ނުވަތަ މަޤާމު އަންގައިދޭ ރޮނގުބުރިއެއް ނުވަތަ އެއްޗެއް. މ. ގަޑިން ވީ އިރު އަންގަން މޫނުމަތީގައި ހުންނަ ރޮނގުބުރި. ފާހަގަ. —ކ. 1. ލަކުނެއް ލެއްވުން. ފާހަގައެއް ލުން. 2. ފާހަގަކުރުން. ވަކި ސިފައެއްކަން އެނގޭގޮތް ހެދުން. މ. ކެޔޮ ގުނާއިރު ވަކުގައި ހުނި ލާގޮތަށް. 3. އެއްޗެއްގެ ފެންވަރު ބަޔާންކުރުމަށް އެ އެއްޗަކަށް ވަނައެއް ނުވަތަ ދަރަޖައެއް ދިނުން. 4. ސަމާލުކަން ދިނުން. ވާނުވާ ބޮޑަށް ބެލުން. މ. mark my words! = މި ބަސްތައް ހަނދާންކުރާށެވެ! 5. ފުޓުބޯޅަ ކުޅޭއިރު، މީހަކަށް ބޯޅަ ލިބިއްޖެނަމަ ހުރަސް އަޅަން އިދިކޮޅު ކުޅުންތެރިއެއްގެ ގާތުގައި ހުރުން/އުޅުން. make one’s mark މަޝްހޫރުވާ ފަދަ އަރުތަވެރި ކަމެއް ކުރުން. mark down އަގު ހެޔޮކުރުން. ތަނެއް ފާހަގަކޮށް އެތަން ހަނދާން ބެހެއްޓުން. mark off އިމެއް ޖަހައި ފާހަގަކުރުން. mark out އިންޖެހުން. އިޚްތިޔާރުކުރުން. ކަމަކަށް ފާހަގަކުރުން. މ. is marked out for promotion. mark time މާޗްކުރާއިރު ހެން، ކުރިއަށް ނުހިނގައި، ފިޔަވަޅު ތާލަކަށް އެޅުން. އާއްމުކޮށް ކުރާ ކަމެއްގައި، މާ ބޮޑު ކުރިއެރުމެއް ނުލިބި، ތަރައްޤީ ނުވާގޮތަށް، ވަގުތު ހޭދަކުރުން. mark up އަގުތައް ބޮޑުކުރުން. mark-up ވިއްކާ އެއްޗެއްގެ އަގުގެ ތެރެއަށް ހިމަނާ ފައިދާގެ މިންވަރު. off the mark ނުގުޅޭ، ގޯސް. އަމާޒުން އެއްކިބާވެފައި.
marked
މާކްޑް. ނއ. ސާފުކޮށް ފާހަގަކުރެވޭ. a marked improvement ފާހަގަކުރެވޭ ކުރިއެރުމެއް. markedly (މާކިޑްލި) ކއ. a marked man ކަމަކަށް (މ. ބަދަލުހިފުމަށް) ފާހަގަކޮށްފައިވާ މީހެއް.
marker
މާކަރ. ނ. 1. ފާހަގަ ލާ މީހެއް ނުވަތަ އާލަތެއް. ކުޅިވަރުތަކުގައި ޖަހާ ލަނޑު ލިޔެ ބަލަހައްޓާ މީހެއް. 2. މަޤާމެއް، ތަނެއް ފާހަގަކުރަން ޖަހާ ފާހަގައެއް، ނިޝާނެއް.
market
މާކިޓް. ނ. 1. މުދަލާއި ގެރިބަކަރި ފަދަ ތަކެތި ވިއްކުމަށް އެއްވާ އެއްވުން. 2. މިކަމަށް ބޭނުންކުރާ ޖާގަ ނުވަތަ ޢިމާރާތް. 3. ވިއްކުމަށް ނުވަތަ ގަތުމަށް އޮންނަ ފުރުޞަތު ނުވަތަ ޝަރުޠުތައް. 4. މުދައު ވިއްކޭނޭ ތަނެއް. ޚާއްޞަކޮށް ވަކި ގިންތިއެއްގެ ގަންނަމީހުން. މ. foreign market, teenage market. 5. ޙިއްޞާގެ ބާޒާރު. ސްޓޮކް މާކިޓް. —ކ. ވިއްކުމަށް ހުށަހެޅުން. މ. go marketing. ކެއުމަށް ފަދަ ކަންކަމަށް ބޭނުންވާ ތަކެތި ގަތުމަށް ބާޒާރަށް ދިއުން. be in the market for ގަތުމަށް ބޭނުންވާ. market-day ބާޒާރެއް (މ. މަގެއްގައި) ޢާއްމުކޮށް ހުޅުވާ/އޮންނަ ދުވަސް. market garden ވިއްކުމަށް ތަރުކާރީ ހައްދާ ދަނޑެއް. market-place ތަކެތި ވިއްކާ ބާޒާރެއް. ސަހަރެއްގައި ބާއްވާ ހިޔާނުކޮށް އޮންނަ މައިދާނެއް. market research ގަންނަން ބޭނުންވާ މީހުންގެ އެދުންތަކާއި ބޭނުންތައް ހޯދުމަށް ކުރާ ދިރާސާ. market town (ތަކެތި ވިއްކުމަށާއި ގަންނަން މީހުން އެއްވާ) އާއްމުކޮށް ބާޒާރެއް އޮންނަ ޝަހަރެއް. market value އެއްޗެއް ބާޒާރުގައި (މިހާރު އޮތް ގޮތަށް) ވިއްކިދާނެ ކަމަށް ފެންނަ އަގު. on the market ވިއްކަން ނެރެފައިވާ، ހުށަހެޅިފައިވާ.
marketable
މާކިޓަބްލް. ނއ. ވިއްކޭ. ވިއްކަން ކަމުދާ.
marking
މާކިން. ނ. 1. ފާހަގަ. ފާހަގައެއް. 2. ޖަނަވާރެއްގެ ހަމުގެ، ފަތްތަކުގެ، ކެހެރީގެ ކުލަ.
marksman
މާކްސްމަން. ނ. ބަޑި/ދުނި ޖަހަން ހުޝިޔާރު މޮޅު މީހާ. ނ. marksmanship.
marl
މާލް. ނ. ކިސަޑާއި އުވަ ހިމެނޭ ވެއްޔެއް. މިއީ އަގުބޮޑު ކާދެކެވެ. ނއ. marly.
marl
މާލް. ނ. އެކި ކުލަތައް ތަންތަންކޮޅުގައި ހުންނަ ފޭރާމެއް.
marmalade
މާމަލެއިޑް. ނ. ނާރިނގުން (އޮރެންޖުން) ނުވަތަ އެފަދަ މޭވާއިން ހަދާ ހިތި ފޮނިރަހައެއް ހުންނަ ޖޭމެއް. މިބޭނުންކުރަނީ ޕާންފޮތީގައި އުނގުޅައިގެން ކެއުމަށެވެ.
marmoset
މާމޮޒެޓް. މާމަސެޓް. ނ. ނިގުލުގައި ކެހެރި ބޯކޮށް ހުންނަ މެދުތެރޭ އެމެރިކާގައި އުޅޭ ވަރަށް ކުޑަ ރާމާމަކުނެއް.
marmot
މާމޮޓް. ނ. ބިމުގައި ހާލި ހަދައިގެން އުޅޭ މުގޮށިމީދާ އާއިލާގެ ޖަނަވާރެއް.
marocain
މެރޮކެއިން. ނ. ރޫ ޖެއްސި ތުނި ބާވަތެއްގެ ފޭރާމެއް.
maroon
މެރޫން. ކ. (ފަޅުރަށެއް، ސަހަރާއެއް ފަދަ ތަނަކަށް) މީހަކު ދުރަށް ފޮނުވައި އެކަހެރިކޮށްލުން. ނުފިލޭ ކަހަލަ އެކަހެރިކޮށް އުޅެންޖެހޭ ތަނަކަށް މީހަކު ފޮނުވައިލުން.
maroon
މެރޫން. 1. މުށި ބާވަތަކަށް ދާ ރަތްކުލައެއް. 2. އިންޒާރެއްގެ ގޮތުގައި ބޭނުންކުރާ ހަވައެއް/ފަޓާހެއް. —ނއ. ރަތްމުށިކުލައިގެ.
marquee
މާކީ. ނ. މައުރަޒުތަކާއި ހަފްލާތަކުގައި ބޭނުންކުރާ ވަގުތީ ގޮތުން ހަދާ ބޮޑު ފޭލިގެއެއް.
marquetry
މޭކެޓްރި. މާކިޓްރި. ނ. އެކި ކުލައިގެ ކުދި ލަކުޑިކޮޅުތައް އެކި ގޮތްގޮތަށް އަތުރައިގެން ހިފާ ގެންގުޅޭ ތަކެތީގައި ކުރެހުން އެޅުމުގެ ފަންނު. މި މަސައްކަތް.
marquis
މާކްވިސް. ނ. ޑިއުކް އަކާއި އާލް އަކާ ދެމެދުގެ ބޮޑުންނަށް ޔޫރަޕުގައި ދޭ ލަޤަބެއް.
marquisette
މާކިޒެޓް. ނ. ދޮރުފޮއްޗަށް ބޭނުންކުރާ ތުނި ދައުގަނޑެއްހެން ހުންނަ ފޭރާމެއް.
marriage
މެރިޖް. ނ. 1. އަންހެނަކާއި ފިރިހެނެއް، ދެމީހުންނަށް ވެސް ޒިންމާތަކެއް އޮންނަ ގޮތަށް ދަރިން ހޯދުމުގެ ބޭނުމުގައި އާއި އެހެން ބޭނުންތަކުގައި އެކުއުޅުމަށް ގުޅޭ ގުޅުން. ކާވެނި. ޝާދީ. (ސ) ވިވާހަ. 2. މި ކަން ކުރާ ރަސްމިއްޔާތު. ކާވެނީގެ ރަސްމިއްޔާތު. marriage bureau ކާވެނި ކުރަން ބޭނުންވާ ފަރާތްތަކަށް އިންނާނޭ މީހަކު ހޯދައިދޭ އޭޖެންސީއެއް. marriage guidance ކާވެނީގައި ދިމާވާ މައްސަލަތަކާ ގުޅިގެން ކަންކަން ހަމަޖައްސާނޭ ގޮތުގެ އިރުޝާދުދޭ މުރުޝިދެއް.
marriageable
މެރިޖަބްލް. ނއ. ފިރި ނުވަތަ އަނބި ފުރާވަރު.
marrow
މެރޮއު. މެރޯ. ނ. 1. ޖަނަވާރުގެ ކަށިތަކުގެ މެދުގައި ހުންނަ ސަރުބީ ގިނަ އޮލަ ބައި. މަދު. felt chilled to the marrow = ގަދައަށް ހީކަރުވާފައި. 2. ކެއުމަށް ބޭނުންކުރާ ތޮރާ ބާވަތުގެ ތަރުކާރީއެއް.
marrowbone
މެރޯބޯން. ނ. ކެއުމަށް ކަމުދާ މަދު ހުންނަ ކަށިގަނޑު.
marrowfat
މެރޯފެޓް. ނ. ފެހިކުލައިގައި ހުންނަ ބާވަތެއްގެ ތޮޅިއެއް. ކަޑަލަ.
marry
މެރީ. ނ. (married, marrying) 1. ކާވެނިކުރުން. އިނުން. ޝާދީކުރުން. 2. ކޭލިހަމަވާ ގޮތަށް ދެ އެއްޗެއް ގުޅުން.
Marsala
މާސާލަ. ނ. ސިސިލީގައި ހަދާއުޅުނު ފޮނި އަނދިރި ކުލައެއްގައި ހުންނަ ބާރުގަދަ ރަލެއް.
Marseillaise
މާސަލޭޒް. ނ. ފަރަންސޭސި ވިލާތުގެ ޤައުމީ ލަވަ.
marsh
މާޝް. ނ. ފެންހެދިފައި އޮންނަ ތިލަ ބިމެއް، ސަރަޙައްދެއް. (ޢ) އަހުވާރު، (ސ) ވަގުރުބިން. ނއ. marshy. marsh-gas ނ. މީތޭން ގޭސް. marsh marigold ރީނދޫކުލައިގެ މަލެއް އަޅާ ތިރީގައި ފެތުރޭ ގަހެއް.
marshal
މާޝަލް. ނ. 1. ލަޝްކަރެއްގެ އެންމެ އިސް ނުވަތަ ވަރަށް އިސް މީހެއް. 2. ރަސްމީ ބައެއް ކަންކަމާއި ޢާއްމު ބައެއް އިޙްތިފާލުތައް ރޭވުމަށް ޒިންމާ ކުރެވިފައިވާ ފަރާތް. 3. އެކި ރަށްރަށަށް ނުވަތަ ޝަހަރުތަކަށް ދަތުރުކުރާ ގާޒީއަކާ/ފަނޑިޔާރަކާ އެކު ދަތުރުކުރާ ލިޔެކިޔުން ބަލަހައްޓާ މީހެއް. 4. ރޭސް ޖަހާއިރު ހުންނަ އޮފިޝަލެއް. —ކ. (marshalled, marshalling) 1. މީހުން ނުވަތަ ތަކެތި އެއްތަނަކަށް ގެނެސް ވަކި މަޤްޞަދެއް ޙާޞިލްވާގޮތަށް ތަރުތީބުކުރުން. 2. އެއްތަނަކަށް އެއްވާގޮތް ހެދުން. 3. އެކުގައި ގެންދިއުން. މ. marshalled him into the director’s office. marshalling yard ރޭލުތައް އެކި ދިމަދިމާއަށް ފޮނުވުމަށް ތައްޔާރުކުރާ ސަރަޙައްދު. ރޭލުދުއްވާ ގިނަ ޓްރެކްތައް ހުންނަނީ މިތަނާ ގުޅިފައެވެ.
marshland
މާޝްލަންޑް. ނ. ފެން ނުވަތަ ލޮނު ހެދިފައި އޮންނަ ތިރި ބިން. (ސ) ވަގުރުބިން. މާޑު.
marshmallow
މާޝްމެލޯ. ނ. ކުކުޅު ބިހު ލޮންޖާއި ޖެލަޓީން އާއި ހަކުރު ބޭނުންކޮށްގެން ހަދާ ފޮނި މަޑު ކާއެއްޗެއް.
marsupial
މާސޫޕިއަލް. ނ. ކެންގަރޫ ބާވަތުގެ ޖަނަވާރު. ޅަ އެތި ވިހެއުމުން މި ބާވަތުގެ ޖަނަވާރު އެ އެތި ބޮޑުވަންދެން ބަނޑުމަތީގައި ހުންނަ ކޮތަޅެއްގައި ގެންގުޅެއެވެ.
mart
މާޓް. ނ. މާރުކޭޓު. އެތައް ބަޔަކު ތަކެތި ވިއްކަން ބަހައްޓާފައި ހުންނަ ސަރަޙައްދެއް ނުވަތަ ޢިމާރާތެއް.
marten
މާޓިން. މާޓަން. ނ. އުތުރު ސަރަޙައްދުގައި އުޅޭ ބޯކޮށް ކެހެރި ހުންނަ ޖަނަވާރެއް. މީގެ ކެހެރީގެ ބޭނުމުގައި އެ ޝިކާރަކުރެއެވެ.
martial
މާޝަލް. ނއ. ހަނގުރާމައަށް ނިސްބަތްވާ. ހަނގުރާމަވެރި. އަސްކަރީ. ލަޝްކަރީ. މ. martial music. martial law އިމަރޖެންސީ ޙާލަތާ ގުޅިގެން ޢާއްމު ޤާނޫނުތައް ވަގުތީގޮތުން ނަގައިފައި ހިންގާ ސިފައިންގެ ވެރިކަން.
Martian
މާޝަން. ނއ. ގުރަހައެއް ކަމަށްވާ މާސް (މިއްރީޚް، އަންގާރަ) އަށް ނިސްބަތްވާ. —ނ. ޚިޔާލީ ވާހަކަތަކުގައި އެ ގުރަހަލީގައި އުޅޭ ދިރުން ހުރި ”މީހެއް“.
martin
މާޓިން. ނ. ފޮރިކެ އާއިލާގެ ދޫންޏެއް.
martinet
މާޓިނެޓް. ނ. އަމުރަށް ފުރިހަމައަށް ކިޔަމަންވާންޖެހޭ ކަމަށް ދެކޭ ވެރިއެއް.
Martini
މާޓިނި. ނ. ޖިން އާއި ވަމޫތު އެއްކޮށްގެން ހަދާ ރަލުގެ ބާވަތެއް.
Martinmas
މާޓިންމަސް. ނ. ނަޞާރާއިން ނޮވެމްބަރު 11 ގައި ފާހަގަކުރާ އިޙްތިފާލެއް.
martyr
މާޓަރ. ނ. 1. ދީނީ ނުވަތަ ސިޔާސީ އިޢުތިޤާދުތަކާ ހެދި ވަރަށް ބޮޑަށް އަނިޔާ ލިބުނު ނުވަތަ މަރާލެވުނު މީހެއް. ޝަހީދު. ދީން ދޫނުކުރަން ވެގެން މަރުވާން ޖެހުނު މީހެއް. 2. ވަރަށް ބޮޑު އަނިޔާއެއް، ވޭނެއް ތަޙައްމަލްކުރަން ޖެހުނު މީހެއް. is a martyr to rheumatism = މި ބަލީގައި އަބަދު އުޅެންޖެހޭ. —ކ. ޝަހީދަކަށް ހެދުން. މަރައިލުން ނުވަތަ ގަދަވޭން ޖެއްސުން. ނ. martyrdom.
marvel
މާވަލް. ނ. އަޖާއިބު ކުރުވަނިވި ނުވަތަ ތަޢުރީފު ކުރުން ޙައްޤު އެއްޗެއް. —ކ. (marvelled, marvelling) ހައިރާންވުން. އަޖާއިބުވުން.
marvellous
މާވެލަސް. ނއ. ވަރަށް ރަނގަޅު، އަޖާއިބު ކުރުވަނިވި. ކއ. marvellously.
Marxism
މާކްސިޒަމް. ނ. ކާލް މާކްސް (1818—83) ނަމަކަށް ކިޔާ ޖަރުމަނު ފަލްސަފާވެރިއެއްގެ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށްފައިވާ ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ނަޒަރިއްޔާއެއް.
Maryland
މޭރިލޭންޑް. މެރިލަންޑް. ނ. ޔޫ.އެސް. ގެ ސްޓޭޓް އެއް.
marzipan
މާޒިޕޭން. ނ. މާބަދަން (އާމަންޑް)، ހަކުރާ އެއްކޮށްގެން ހަދާ ފޮނި ހަލުވާއެއް. ކޭކުގައި އުނގުޅުމަށް މި ބޭނުންކުރެއެވެ.
mascara
މަސްކާރާ. ނ. އެސްފިޔަތައް ބޯކަމަށާއި ދިގުކަމަށް ދެއްކުމަށް އަންހެނުން ބޭނުންކުރާ އޮލަ ކަޅު ދަވާދެއް.
mascot
މެސްކޮޓް. ނ. 1. އޭގެ ވެރިމީހާއަށް ހެޔޮ ނަސީބު ގެނުވާ ކަމަށް ޤަބޫލްކުރާ އެއްޗެއް. 2. ކާރުތައް ފަދަ އުޅަނދުތަކުގެ ކުރީގައި ހަރުކޮށްފައި ހުންނަ ކުޑަ ބުދެއް ނުވަތަ މިފަދަ އެހެން އެއްޗެއް.
masculine
މެސްކިޔުލިން. ނއ. 1. ފިރިހެނުންނާ ވައްތަރު، ފިރިހެން ސިފަޖަހާ. ފިރިހެނުންނަށް ކަމުދާ. ފިރިހެނުންނަށް ނިސްބަތްވާ. 2. (އިނގިރޭސި ލަފުޒުތަކުގައި) ފިރިހެނުންނަށް ނިސްބަތްވާ ގޮތަށް ނަން (ނުވަތަ އެހެން ބަހުގެ ލަފުޒެއް) ފުރޮޅިފައިވާ މ. actress މި ލަފުޒު actor އަށްވާ ބަދަލު. —ނ. ފިރިހެނުންނަށް ބޭނުންކުރާ ލަފުޒު ނުވަތަ އެ ޖިންސް. ނ. masculinity.
mash
މޭޝް. ނ. 1. ނ. ގެރިބަކަރި ފަދަ ތަކެއްޗަށް ކާންދިނުމަށް، އެކި ބާވަތުގެ ގޮވާން އޮށް ފެނުކައްކައި މަޑުކޮށްގެން ހަދާ ކެއުމެއް. މި ބާވަތުގެ ކާނާ. 2. ނުރަސްމީ ބަހުރުވައިން ކައްކައި މަޑުކޮށް ފިސްކޮށްފައިވާ ނުވަތަ ޗިސްކޮށްފައިވާ އަލުވި. 3. ބައެއް ބާވަތުގެ ރާ ތައްޔާރުކުރުމަށް ގޮވާން އޮށުގެ މަލަސް އާއި ހޫނުފެނާ އެއްކޮށްގެން ތައްޔާރުކުރާ ދިޔަގަނޑެއް. —ކ. ފިސްކުރުން. ޗިސްކުރުން.
mask
މާސްކް. ނ. 1. ފޮރުވަން ނުވަތަ ރައްކާތެރިކަމަށް މޫނު މަތީގައި ނުވަތަ މޫނުން ބައެއްގައި އަޅާ ފަރުދާއެއް ނުވަތަ އެހެންވެސް އެއްޗެއް. މޫނުމަތި. 2. މީހެއްގެ މޫނުގެ ސިފައަށް ލިޔެގެން ނުވަތަ ތައްގަނޑަކަށް އަޅައިގެން ހަދާފައިވާ މޫނެއް. (ސ) ވެސްމުހުނަ. 3. ނޭވާލުމަށް ނުވަތަ ގޭހެއް ފުއްޕާމެއަށް ފޮނުވުމަށް މޫނުމަތީގައި ހަރުކުރާ ވައި ފިލްޓަރުކުރާ އާލަތެއް. 4. ހިޔަޅެއްގެ މޫނު ނުވަތަ ބޯ. 5. ތަޞްވީރެއްގެ ބައެއް ނުހިމެނުމަށް ބޭނުންކުރާ އިސްކިރީނެއް. 6. މޫނު އަލިކުރުމުގެ ބޭނުމުގައި މޫނުމަތީ އުނގުޅައި އިރުގަނޑަކު ބެހެއްޓުމަށް ފަހު ދެން ނަގާ ބޭސް ދުއްޔެއް. —ކ. 1. މޫނުމައްޗެއް އެޅުން. 2. ފޮރުވުން، ފަރުދާކުރުން، ވަންހަނާ ކުރުން.
masochist
މެސޮކިސްޓް. ނ. 1. އޭނާގެ އަމިއްލަ ވޭނުން ނުވަތަ ނިކަމެތިކޮށްލުމުން ޖިންސީ އުފަލާއި ފޯރި ލިބިގަންނަ މީހެއް. 2. ވޭން އަޅާ ކަންކަމުން ނުވަތަ ފޫހިކަންކަމުން އުފާލިބޭ މީހެއް. ނ. masochism. ނއ. masochistic.
mason
މެއިސަން. ނ. ރާނައި، އުވަޖަހާ (ސިމެންތިޖަހާ) މީހެއް. ތަޅުން އަޅާ މީހެއް. ގަލުވަޑާންކުރާ މީހެއް. 2. ބަލާ Freemason.
Masonic
މެސޮނިކް. ނ. Freemasonry އަށް ނިސްބަތްވާ.
masonry
މެއިސަންރީ. ނ. 1. ސިމެންތިއާއި އުވަ ބޭނުންކޮށްގެން ކުރާ ރޭނުމާއި ތަޅުމުގެ މަސައްކަތް. ގަލުވަޑާން. 2. ކުރުކޮށް Freemasonry.
masquerade
މަސްކަރޭޑް. މަސްކަރެއިޑް. ނ. ކަންކަމާއި އަޞްލު މީހުން އޮޅުވާލުމުގެ ޝޯއެއް ނުވަތަ ދެއްކުމެއް. ޙަޤީޤަތް ނުވަތަ ހިތްނޭދޭ ކަމެއް ހާމަނުކުރުމުގެ މަޤްޞަދުގައި އުޅޭ އުޅުން. ތަފާތު މޫނުމަތިތަކާއި ފޭރާން ލައިގެން ނުވަތަ އެހެން މީހުންގެ ސިފަ ޖެހިގެން ބާއްވާ ނެށުމެއް ނުވަތަ ޕާޓީއެއް. —ކ. އެހެން މީހެއްކަމަށް ހެދިގެން އުޅުން. މ. masqueraded as a policeman.
mass
މޭސް. މާސް. ނ. ނަޞާރާދީނުގެ މީހުން (ޚާއްޞަކޮށް ރޯމަން ކެތޮލިކް މީހުން)ގެ 1. އީސާގެފާނުންގެ އެންމެ ފަހު ފަރިއްކޮޅު އިޙްތިފާލުކުރާ އެއްވުމެއް. 2. މިކަމަށް ފައްޅިތަކުގައި ބާއްވާ ބައްދަލުވުން. މިކަމާ ގުޅޭ މިޔުޒިކް.
mass
މާސް. 1. ވަކި ބައްޓަމެއް ނުވާ ގަނޑު އެއްޗެއް. 2. އެއްޗެއްގެ ބައިވަރު ނުވަތަ ފުނިވަރު. ބައިބައިވުމެއް ނެތި ދެމިގެންދާ ބައިވަރު ތަކެތި. މ. the garden was a mass of flowers = މަލުން ވަނީ ފުރިފައެވެ. 3. (ޓެކްނިކަލް މާނައިގައި) އެއްޗެއްގައިވާ މިންވަރު. މި އަށް ޢާއްމު ނޫން ބަހުރުވައިން ކިޔަނީ weight އެވެ. —ކ. އެއްވުން ނުވަތަ އެކަތިގަނޑަކަށްވުން. އެއްކުރުން. އެކަތިގަޑަކަށް ހެދުން. mass media މީސްމީޑިއާ. ބަލާ media. mass meeting ގިނަބަޔަކު އެއްވާ އެއްވުމެއް، ޖަލްސާއެއް. ރެސް. mass-produce ކ. އުސޫލުތަކެއް ބޭނުންކޮށްގެން، އެއް ވައްތަރަކަށް ހުރި ބައިވަރު ތަކެތި އުފެއްދުން. mass-production މިގޮތަށް ތަކެތި އުފައްދާ އުފެއްދުން. the masses ޢާއްމު މީހުން.
Mass.
ކުރުކޮށް Massachusetts.
Massachusetts
މެސެޗޫސެޓްސް. ނ. ޔޫ.އެސް. ގެ ސްޓޭޓް އެއް.
massacre
މެސެކަރ. ކ. ގިނަ މީހުންތަކެއް ނުވަތަ ޖަނަވާރުތަކެއް މަރައިލުން. ނ. މިގޮތަށް މަރައިލާ މަރައިލުން. ޤަތުލްޢާއްމު.
massage
މަސާޖް. ކ. ތަދު މަޑުކުރުމަށް ނުވަތަ މަސްތައް ދޫކުރުމަށް ހަށިގަނޑު މޮޑެ އުނގުޅުން. ނ. މިގޮތަށް ގައިމޮޑޭ މޮޑުން.
masseur
މެސާރ. ނ. ހުނަރުވެރިކަމާއެކު ގައި މޮޑޭ ފިރިހެން މީހާ. masseuse (މެސާޒް) މިކަން ކުރާ އަންހެނާ.
massive
މެސިވް. ނއ. 1. ބިޔަ. ވަރަށް ބޮޑު އަދި ބަރު. ވަރަށް ބޮޑު އަދި ހަރު. 2. އާދަޔާ ޚިލާފަށް ބޮޑު. 3. ވަރަށް ބޮޑަށް ފާހަގަ ކުރެވޭ. މ. a massive improvement. ނ. massiveness.
mast
މާސްޓް. ނ. 1. އުޅަނދެއްގެ ރިޔާތައް ހިފަހައްޓަން ޖަހާ ތެދު މުޑިއެއް. ކުނބު. 2. ދިދަ ދަނޑި. 3. ރޭޑިއޯ ޓީވީ ފަދަ އެއްޗެތީގެ އެންޓެނާ ހަރުކުރާ (ދަގަނޑު) ހަރު. ނއ. masted. before the mast = އާދައިގެ ފަޅުވެރިއެއް. މި މީހުން ނިދާނީ ދިރުނބާކޮޅުގައި ހުންނަ ތަނެއްގައެވެ.
mast
މާސްޓް. ނ. އޫރަށް ކާންދިނުމަށް ބޭނުންކުރާ ބައެއް ބޮޑެތި ގަހުގައި އަޅާ މަދު، މޭވާ.
mastectomy
މެސްޓެކްޓޮމި. ނ. އަންހެނެއްގެ ނުވަތަ އެހެންވެސް ޖަނަވާރެއްގެ އުރަމަތިން އެއްތަން (މ. ބައްޔަކާ ގުޅިގެން) ކަނޑައިލުން.
master
މާސްޓަރ. ނ. 1. އެއްޗެހި ތަކެއްގެ ނުވަތަ ބައެއްގެ ކޮންޓްރޯލް އޮންނަ ފަރާތް. 2. ނާލަށް މުދާ އުފުލާ ބޯޓެއްގެ ކައްޕިތާނު. 3. ގޭބިސީއެއްގެ އިސް ފިރިހެނާ. 4. ކުއްތާއެއް ފަދަ ޖަނަވާރެއް ގެންގުޅޭ ފިރިހެނާ. 5. ފިރިހެން އެދުރެއް. މަދަރުސާއެއްގެ ފިރިހެން ނާޒިރު. 6. މީހުންނަށް ވަޒީފާ ދީގެން ގެންގުޅޭ ފަރާތް. 7. Master ކޮލެޖެއް ފަދަ ތަނަކުން Master of Arts ފަދަ ސަނަދެއް އޮތް ފަރާތް. 8. ޙުރުމަތްތެރިކޮށް ހިތާ މުދައްރިސެއް. 9. ވަރަށް ހުނަރުވެރި ފަންނާނެއް. 10. ބައިނަލްއަޤްވާމީ މުބާރާތްތަކުގައި، ރާޒުވާއަށް މޮޅު ކުޅުންތެރިއެއް. 11. އިތުރު ކޮޕީތައް އެއިން ހަދާ އަޞްލު ފިލްމު، ސީޑީ ނުވަތަ ރެކޯޑު. 12. މިސްޓަރ ކިޔާ ވަރަށް ވުރެ ޅަކުދީންނަށް ކިޔާ ނަމެއް. މ. Master Ali. —ކ. 1. ކޮންޓްރޯލްގެ ދަށަށް ގެނައުން. ކިޔަމަންކުރުން. 2. ކަމެއްގެ ހުނަރާއި ޢިލްމު ލިބިގަތުން. master water colour painting. master-key ވަކި ތަޅުދަނޑިތަކަކުން ހުޅުވޭ ތަޅުތަކެއް ހުޅުވާ އެއް ތަޅުދަނޑި. master-mariner ނާލުބޯޓެއްގެ ކައްޕިތާނު. Master of Ceremonies ޝޯއެއްގެ ނުވަތަ ދައްކާލުމެއްގެ އައިޓަމްތަކާއި ފަންނާނުން ތަޢާރުފުކުރާ މީހާ. master-stroke ވަރަށް މޮޅު ނަތީޖާ ނެރެވޭ ކަމެއް ނުވަތަ ހަރަކާތެއް ނުވަތަ ޢަމަލެއް. ކާމިޔާބު ނެރެވޭ ޙިކްމަތްތެރި ޢަމަލެއް. މ. His decision to change the goalkeeper was a masterstroke.
masterful
މާސްޓަރފުލް. ނއ. 1. އެހެން މީހުންނަށް އަމުރުކުރާ. 2. ވަރަށް ހުނަރުވެރި.
masterly
މާސްޓަރލި. ނއ. ކަމެއްގެ މާހިރެއް ފަދައިން. ވަރަށް ހުނަރުވެރި.
master-mind
މާސްޓަރމައިންޑް. ނ. 1. އާދަޔާ ޚިލާފަށް ބުއްދިގަދަ މީހެއް. 2. މަސައްކަތެއް، މަޝްރޫޢެއް ހިންގާ ފަރާތް. —ކ. ރާވާ ހިންގުން. މ. masterminded the whole scheme.
masterpiece
މާސްޓަޕީސް. ނ. 1. މަސައްކަތްތެރިކަމުގެ ގޮތުން އަދަޔާޚިލާފަށް މޮޅު އެއްޗެއް. 2. މީހަކު ކުރާ މަސައްކަތު ބާވަތުގެ އެންމެ ހިތްގައިމު ނަމޫނާ އެތި. ޝާހްކާރު، ރަސްނަމޫނާ.
mastery
މާސްޓަރީ. ނ. 1. އެއްޗެއްގެ ނުވަތަ ކަމެއްގެ މުޅި ކޮންޓްރޯލް. 2. ކަމެއްގެ ފުރިހަމަ ޢިލްމާއި ހުނަރު his mastery of Arabic.
masticate
މެސްޓިކެއިޓް. ކ. ދަތްތަކުން (ކާތަކެތި) ހެފުން. މެކުވުން. ނ. mastication.
mastiff
މެސްޓިފް. ނ. ބޮޑު ވަރުގަދަ ކުއްތާގެ ބާވަތެއް. މީގެ ކަންފަތް ހުންނަނީ ތިރިއަށް އެލިފައެވެ.
mastoid
މެސްޓޮއިޑް. ނ. 1. ކަންފަތުގެ ފަހަތުގައިވާ ކަށިގަނޑު. 2. ނުރަސްމީ ބަހުން މިތަން ދުޅަވުން. mastoiditis މެސްޓޮއިޑް ކަށިގަނޑު ދުޅަވުން.
masturbate
މާސްޓަރބެއިޓް. ކ. އަތުން ތިމާގެ ނުވަތަ އެހެން މީހެއްގެ ޖިންސީ ގުނަވަނާ ކުޅެ ޖިންސީ ޖޯޝް އުފެއްދުން. ނ. masturbation.
mat
މެޓް. ނ. 1. ތަޅުމުގައި ނުވަތަ ތައްޓުގައި އަޅާ ފަރުދާއެއް. ކުނާ. ފައިފުހި. 2. މޭޒުމަތީގައި ހޫނު އެއްޗެއް ބާއްވާއިރު މޭޒުގައި ކޫރު އެޅިދާނެތީ ނުވަތަ ގެއްލުމެއް ލިބިދާނެތީ އެ އެއްޗެއްގެ ފުލުދަށަށްލާ މަޑު އެއްޗެއް. މިބޭނުމުގައި އެހެން ތަކެތި ބަހައްޓާއިރުވެސް ލާއުޅޭ ކުދި ކުނާކޮޅު. 3. ޖިމްނާސްޓިކް ފަދަ ކުޅިވަރުތަކުގައި ބިމުގެ މަތީގައި ފަތުރާ ބޯ، މަޑު ގޮދަނޑި. މީގެ ބޭނުމަކީ ބިމުގައި ޖެހޭ ޖެހުން މަޑުކުރުމެވެ. on the mat ނުރަސްމީ ބަހުރުވައިން މީހަކު ގޯސްކޮށް ކަމެއް ކުރުމުން އެއްޗެތި ގޮވުން.
matador
މެޓަޑޯ. ނ. ފިރިހެން ގެރިއަށް ހަމަލާ ދީ އެ މަރާލާ މީހެއް. މިކަމަކީ، ސްޕޭންގައި ކުޅިވަރެއްގެ ގޮތުގައި ކުރާ ކަމެކެވެ.
match
މެޗް. ނ. ހިމަ ދަނޑިކޮޅެއްގައި ނުވަތަ ހިމަ ބޯކަރުދާސް ކޮޅެއްގައި ލާފައިވާ ބޭހެއްގެ ސަބަބުން އެއްޗެއްގައި އުނގުޅައިލުމުން އަލިފާން ރޯވާ ދަނޑި. އަލިފާންދަނޑި. matchbox އަލިފާން ފޮށި.
match
މެޗް. ނ. 1. ކުޅިވަރެއްގައި ނުވަތަ މުބާރާތެއްގައި ދެ ޓީމު ނުވަތަ ދެމީހަކު ބައްދަލުވެ ކުޅޭ ކުޅުން. ދެ ފަރާތެއްގެ ކުރިމަތިލުން. މުބާރާތް. 2. އެހެން ފަރާތަކާ ނުވަތަ އެއްޗަކާ އެއްވަރުގެ ހުނަރު ނުވަތަ ޤާބިލްކަން ހުރި މީހެއް ނުވަތަ ޖަނަވާރެއް. meets one’s match, you are no match for him = ކަލޭ އޭނާ ބަލިކޮށްލެވޭނެހާ ގަދައެއް ނޫން. 3. އެހެން އެއްޗަކާ ނުވަތަ މީހަކާ ހަމަ އެއް ވައްތަރުގެ ނުވަތަ ގުޅޭ އެއްޗެއް ނުވަތަ މީހެއް. 4. ކައިވެންޏެއް. they made a match of it = ކައިވެނި ކޮށްފި. 5. އެހެން މީހަކާ ކައިވެނީގެ ގޮތުން ގުޅެން (ޚާއްޞަކޮށް ފެންވަރުން ނުވަތަ މުދަލުން) އެކަށީގެންވާ މީހެއް. — match ކ. 1. މުބާރާތެއްގައި ކުރިމަތިލުމަށް ހުށަހެޅުން. the teams were matched with/against each other. 2. ހުނަރުން ނުވަތަ ޤާބިލްކަމުން އެއްވަރު ވުން. 3. ކުލައިން، ފެންވަރުން، ނުވަތަ ޢަދަދުން އެހެން އެއްޗަކާ އެއްވަރުވުން ނުވަތަ ގުޅުން. 4. އެއް ވައްތަރެއްގެ ގުޅޭ އެއްޗެއް ހޯދުން. I want to match this wool. 5. ސިފަތަކަކުން ގުޅުވުން. މ. match unemployed workers with vacant posts. match point ކުޅުމުގައި ދެން އޮތް ޕޮއިންޓް ލިބިއްޖެނަމަ، ކާމިޔާބުވާ ހިސާބު. މި ޕޮއިންޓް.
matchboard
މެޗްބޯޑް. ނ. ފަންގިފިލާ ނުވަތަ މަޅު އަޅަން ހަދާފައި ހުންނަ ފިލާ. މި ފިލާގެ އެއް އަރީގައި ހުންނަނީ ދުލެއް ކަނޑާފައެވެ. އަނެއް އަރީގައި މި ދޫ ވަންނާނޭ ކައްވާދެއް ކަނޑާފައި ހުރެއެވެ.
matchless
މެޗްލަސް. ނއ. އެއްފަދަ ނުވާ.
matchmaker
މެޗްމެއިކަރ. ނ. ކާވެނި ކުރާނެ މީހުން ހޯދައި އެފަދަ ދެ މީހަކު “ތަތްކުރާ” ހިތްވާ މީހާ. ދޫވެރިހިކަނދާ. ދޫވެރިކަން ކުރާ މީހާ. ނ. ނއ. matchmaking.
matchwood
މެޗްވުޑް. ނ. 1. ފަސޭހައިން ކުދިކުދިކޮށްލެވޭ ލަކުޑި. 2. ކުދިކޮށްފައި ހުންނަ ދާލި.
mate
މެއިޓް. ނ. 1. އެކުގައި އުޅޭ ރައްޓެއްސެއް. (ޚާއްޞަކޮށް މަސައްކަތު މީހުންގެ މެދުގައި) އެއް ދަރަޖައެއްގެ މީހުން އެކުގައި މަސައްކަތްކުރާ އެއް ފެންވަރެއްގެ މީހަކަށް އިޝާރާތްކޮށް ބުނާ ނަން. 2. ޖަނަވާރާއި ދޫނިތަކުގެ ޖޯޑު އެތި. 3. ނުރަސްމީ ބަހުރުވައިން އަނބި ނުވަތަ ފިރި މީހާ. 4. ޓީމުގެ އެހެން މީހެއް، އެކުގައި އެއްޗެއް ޙިއްޞާކުރާ މީހެއް. މ. team-mate, room-mate. 5. ކައްޕިތާނުގެ ދަށުން، ނާލު ބޯޓެއްގައި މަސައްކަތްކުރާ އޭނާއާ ޖެހިގެން ދަށަށް ހުންނަ އޮފިސަރު. 6. މަސައްކަތެއް ކުރާ މީހެއްގެ އެހީތެރިއެއް. މ. plumber’s mate = ފެނާއި ފާޚާނާ މަސައްކަތު މީހާގެ އެހީތެރިޔާ. —ކ. 1. ކާލިހަމަވާގޮތަށް އެކުވުން. ގުޅޭގޮތަށް ޖެއްސުން. 2. ދެ ދޫނި ފަދަ ހައިވާނު ޖޯޑުކުރުވުން. ކުދި ތަކެތި އުފަންކުރުމަށް ޖޯޑެއްގެ އެކުގައި އުޅުން.
mate
މެއިޓް. ނ. ރާޒުވާގައި ބޮނދު ޖެހޭ ޙާލަތު. ރާޒުވާގައި ސައިން ނުނެއްޓެވޭ ޙާލަތު.
mater
މެއިޓަރ. ނ. ނުރަސްމީ ބަހުރުވައިން މަންމަ.
material
މެޓީރިއަލް. ނ. 1. އެއްޗެއް އުފެއްދުމަށް، ހެދުމަށް ބޭނުންކުރާ އެތި. އެއްޗެއް ހެދުމަށް ކަމެއް ކުރުމަށް ބޭނުންކުރާ ސާމާނު. (ފ) މަވާދު. clay is the material used to make bricks. writing materials. select those regarded as officer material = އޮފިސަރުންނަށް ތަމްރީނުކުރެވިދާނެ ކަމަށް ފެންނަ މީހުން ހޮވާށެވެ. 2. ފޭރާން. ފޮތި. 3. ލިޔުމެއް ފަދަ އެއްޗެއް އެކުލަވައިލުމަށް ޓަކައި ބޭނުންކުރާ މަޢުލޫމާތު. gathering material for a book on fishing. —ނއ. 1. މާއްދީ. އަތްލެވޭ، ފެންނަ ތަކެތިން އެކުލެވިގެންވާ. (ރޫޙާނީ ނުވަތަ ފިކްރީ ނޫން) ދުނިޔެވީ. material things; had no thought of material gain. 2. އުޅުމުގެ ފަސޭހަކަމާ ބެހޭ. މ. our material well-being. 3. މުހިއްމު. ފާހަގަކުރެވޭ އަސަރެއް ކުރާ. Is this material to the issue?. —ކއ. materially.
materialism
މެޓީރިއަލިޒަމް. ނ. 1. ކާއިނާތުގައި ވަނީ ހަމައެކަނި ޙިއްޞުތަކަށް ފެންނަ އެއްޗެތިތައް ކަމަށް ޤަބޫލްކުރާ ނަޒަރިއްޔާ. މާއްދިއްޔަތު. ދަހްރިއްޔަތު. 2. ރޫޙާނީ އަދި ފިކުރީ ކަންތައްތަކަށް ވުރެ ދުނިޔެވީ މުދަލާއި ތަކެއްޗަށް ބޮޑަށް ދޭ ސަމާލުކަން. ނ. materialist. ނއ. materialistic.
materialize
މެޓީރިއަލައިޒް. ކ. 1. ފައުޅުވުން، ފައިދާވުން. the jinn did not materialize, the boy failed to materialize = އެކުއްޖާ ނާދެ. 2. ވުން. ޙަޤީޤަތަކަށް ވުން. if the strike materializes. ނ. materialization.
maternal
މެޓާނަލް. ނއ. 1. މަންމައަކަށް ނިސްބަތްވާ. 2. މަންމަވަންތަ. މަންމަވެރި. (ޚާއްޞަކޮށް ލޮބުވެތި ހެޔޮ ގޮތެއްގައި) މަންމައަކު ދަރިއަކާ މެދު އިޙްސާސްވާގޮތަށް ނުވަތަ އުޅުން ބަހައްޓާގޮތަށް. 3. މާދަރީ. މަންމަފަރާތުގެ. maternal uncle މަންމަގެ އެއްބަނޑު އެއްބަފާ މީހާ. މަންމަ ފަރާތު ބޮޑުބޭބެ. ކއ. maternally.
maternity
މެޓާނިޓި. ނ. މަންމައަކަށް ވުމުގެ ޙާލަތު. ނއ. ބަލިވެއިނުމާއި ވިހެއުމާ ގުޅޭ. މިކަމަށް ނިސްބަތްވާ. maternity dress, maternity ward.
matey
މެއިޓީ. ނއ. (matier, matiest) މީހުންނާ ގުޅޭ، ރައްޓެހި. (ނުރަސްމީ ބަހުރުވައިން މީހަކަށް މުޚާޠަބުކުރުމަށް) mate. ކއ. matily. ނ. matiness.
mathematics
މެތްމެޓިކްސް (ތް ކިޔާނީ ފިއްތި އަޑުން) ނ. 1. ޢަދަދުތަކާއި، ބައްޓަންތަކާއި ޖާގަތަކާ ބެހޭ ޢިލްމު. މި ޢިލްމުގައި އެކި ކަންކަމަށް ގިނަ ނިޝާންތަކާއި އެ ނިޝާންތައް ތަރުތީބުކުރާނޭ ގަވާއިދުތަކެއް ހިމެނެއެވެ. (ޢ) رِيَاضِيَّات. (ސ) ގަނިތަޔަ. 2. މި ޢިލްމު ހިސާބުކުރުމުގައި ބޭނުންކުރާ ކުރުން. މ. his mathematics are weak. —ނއ. mathematical. ކއ. mathematically. ނ. mathematician މި ޢިލްމަށް މޮޅު މީހާ.
maths
މެތްސް (ތް ސުކުން ކިޔާނީ ފިއްތި އަޑުން). ނުރަސްމީ ބަހުރުވައިން mathematics. ޔޫ.އެސް. ގައި ބޭނުންކުރަނީ math އެވެ.
matinée
މެޓިނޭ. ނ. ތިއޭޓަރެއްގައި ނުވަތަ ސިނަމާއެއްގައި، މެންދުރުފަހު އޮންނަ ޝޯ. matinée coat/jacket ކުޑަކުދީންގެ ކުޑަ ކޯޓު.
matins
މެޓިންސް. ނ. އިނގިރޭސީންގެ ފައްޅިތަކުގައި ހެނދުނު އޮންނަ އަޅުކަން.
matriarch
މެއިޓްރިއާކް. ނ. ޤަބީލާއެއްގެ ނުވަތަ އާއިލާއެއްގެ ވެރިޔަކަށް ހުންނަ އަންހެނާ. ނއ. matriarchal. matriarchy އިޖްތިމާޢީ ގޮތުން އިންތިޒާމުކުރެވިފައިވާ ގޮތުން، ޖަމާޢަތެއްގެ ނުވަތަ ޤަބީލާއެއްގެ އެންމެ އިސް މީހަކަށް އަންހެނުން ވާ ނިޒާމު. އާއިލާގައި ނުވަތަ މުޖުތަމަޢުގައި، ފިރިހެނުންނަށް ވުރެ އަންހެނުން ބޮޑަށް ބާރުވެރި މުޖުތަމަޢުއެއް.
matricide
މެއިޓްރިސައިޑް. ނ. މަންމަ ޤަތުލުކުރާ ކުރުން. މައިން މެރުން. ނއ. matricidal.
matriculate
މެޓްރިކިޔުލެއިޓް. ކ. ޔުނިވަރސިޓީއަށް ވަނުމަށް ރަސްމީކޮށް އެތަނުން ހުއްދަލިބުން. މިއީ ބައެއް ފަހަރު އިމްތިޙާނަކުން ހޯދާ ހުއްދައެކެވެ. ޔުނިވަރސިޓީއަކަށް ވަދެވުން. ނ. matriculation.
matrimony
މެޓްރިމަނި. ނ. ކާވެނި. ޝާދީ. ނއ. matrimonial.
matrix
މެޓްރިކްސް. ނ. (ގިނަ ނަމަ matrixes, matrices). 1. އެއްޗެއް އަޅާ ތައްގަނޑެއް. މ. ސިލުނބުއަޅާ ތައްގަނޑު. 2. އެއްޗެއް އުފެދި ބޮޑުވާ ޙާލަތްތައް/ތަން. Europe is remaking itself politically within the matrix of the European Community. 3. ބަރިބަރިއަށް ޢަދަދުތަކެއް ހިމެނޭ އަކައެއް. 4. އެހެން އެއްޗެތި ގުޅިފައިވާ ނުވަތަ ވަޅުލެވިފައިވާ ނުވަތަ ރާވާފައިވާ ގިޔުގަނޑެއް. The fossils lie embedded in a matrix of shale and sandstone.
matron
މެއިޓްރަން. ނ. 1. ކާވެނިކޮށްފައިވާ (ޚާއްޞަކޮށް މެދު ޢުމުރުގެ ނުވަތަ މުސްކުޅި ނުވަތަ ހައިބަތުބޮޑު) އަންހެނެއް. 2. މަދަރުސާއެއްގެ ގޭބިސީ ކަންކަން ބަލަހައްޓާ އަންހެނެއް. 3. (ބޯދާ) ހޮސްޕިޓަލެއް ނުވަތަ މަދަރުސާއެއް ފަދަ ތަނެއްގައި، މަސައްކަތްކުރާ އިސް ނަރުސް. matron of honour ކާވެނިކުރާ އަންހެނެއްގެ ކަންކަން ބަލަހައްޓަން އިސްކޮށް ހުންނަ ކާވެނި ކޮށްގެން އުޅޭ އަންހެނެއް.
matronly
މެއިޓްރަންލި. ނއ. ޤަދަރުމަތި، ކާވެނިކޮށްފައިވާ އަންހެނަކަށް ކަމުދާ ނުވަތަ އެފަދަ. ފަލަ، ޒުވާން ނޫން.
matt
މެޓް. ނއ. (ކުލައާއި ސަތަހަ އާ މެދު) އޮފު ނެތް. އެހާ އޮމާން ނޫން.
matter
މެޓަރ. ނ. 1. (ރޫޙާނީ ތަކެއްޗާއި، ޚިޔާލުތަކާއި ސިފަތަކާ ޚިލާފަށް) ފެންނަ ދުނިޔޭގައި ޖާގަ ނަގާ ތަކެތި. އޮށްޓަރު. މާއްދާ. 2. ޚާއްޞަ އެއްޗެއް. ސާމާނު. މ. colouring matter އަކީ ކުލަ ޖައްސާ ތަކެތި. 3. ހަށިގަނޑުން ނުކުންނަ ދިޔައެއް. މ. ދޮސް. 4. ސިފަކުރުމަށް ނުވަތަ ވިސްނުމަށް ބޭނުންވާ އޮށްޓަރު. މަސްޢަލާ. މައުޟޫޢު. ފޮތެއްގެ ނުވަތަ ވާހަކައެއްގެ އޮށްޓަރު (އެ ލިޔާ ނުވަތަ އޮންނަ ގޮތާ ޚިލާފަށް) subject-matter. 5. ވަކި ބާވަތެއްގެ ތަކެތި. މ. reading matter = ކިޔަން ކަމުދާ ތަކެތި. 6. ވިސްނަމުންދާ ޙާލަތެއް ނުވަތަ ކަމެއް. މ. it is a serious matter. a matter for complaint.. 7. ޢަދަދެއް. މ. for a matter of 40 years. —ކ. މުހިއްމުވުން. މ. it does not matter. for that matter އެކަމާ މެދު. މި ޢިބާރާތް ބޭނުންކުރަނީ އެހެން ޙާލަތަކަށް ކަމެއް ތެދުކަން ބުނުމަށެވެ. މ. Ming’s never been to Spain, or to any European country for that matter. a matter of fact = ޙަޤީޤަތެއް، ޚިޔާލެއް، ވަހުމެއް ނޫން. matter-of-fact ނއ. ޚިޔާލީ، ޝުޢޫރީ، ޖަޒުބާތީ ގޮތަކަށް ނޫން. ސީދާ ޙަޤީޤަތާ އެއްގޮތަށް. ތެދަށް. = no matter އެއީ މުހިއްމު ކަމެއް ނޫން. the matter = ދަތި، އުނދަގޫ، މައްސަލަ. މ. what is the matter?.
matting
މެޓިން. ނ. ކުނާ. ކުނާ ފަދަ ތަކެތި ބޯ ފަށަލައެއް ހެދުމަށް ބޭނުންކުރާ ތަކެތި.
mattock
މެޓޮކް. ނ. ކޮނުމަށް ބޭނުންކުރާ އާލަތެއް. މީގެ ތިލަ ހުންނަނީ ދަނޑިއާ ވަޑިފަތިކޮށެވެ. އުނދަލި.
mattress
މެޓްރަސް. ނ. އެނދުމަތީގައި ނުވަތަ އޮށޯތުމަށް ބޭނުންކުރާ، މަޑު އެއްޗަކުން ފުރާފައިވާ ބޮޑު އުރައެއް. ގޮދަޑި.
maturation
މެޗުރެއިޝަން. ނ. ފައްކާވުން. ބޮޑުވެ ފުރިހަމަވުން. މިކަމުގެ ޢަމަލު ނުވަތަ ހާލަތު.
mature
މެޗުއަރ. ނއ. 1. ފުރާވަރުވެފައި، ފުރިހަމަވެފައި، ފައްކާވެފައި. 2. ބުއްދި ފުރިހަމަވެ، ކަންކަމާ ފިކުރު ހިންގާ ރަނގަޅު ގޮތް އިޚްތިޔާރުކުރެވޭ ވަރަށް ހޭބުއްދިޖެހިފައި. 3. (ރަލާ މެދު) ގިނަ ދުވަސްވެގެން މީރުވަރު ވެފައި. 4. (ބިލް އޮފް އެކްސްޗޭންޖް އާ މެދު) ފައިދާ ދައްކަން ޖެހޭ މުއްދަތު އައިސްފައި. —ކ. ފައްކާކުރުން ފައްކާވުން. ކއ. maturely. ނ. maturity.
matutinal
މެޓިއުޓައިނަލް. ހެނދުނުވާ. ހެނދުނުގައި.
maudlin
މޯޑްލިން. ނއ. (ޚާއްޞަކޮށް އަމަލުވެގެން ހުރެ) މޮޅިވެފައި.
maul
މޯލް. ކ. ވަކި އަޅައިގެން ނުވަތަ ދަތް އަޅައިގެން ހަމަލާދީ ޒަޚަމްކޮށްލުން. އަނިޔާވެރިކޮށް ޢަމަލުކުރުން.
maunder
މޯންޑަރ. ކ. ދޭހަ ރަނގަޅުނުވާ ގޮތަށް، އޮޅޭ ގޮތަށް ދިގުކޮށް ލިޔުން ނުވަތަ ވާހަކަ ދެއްކުން. He maundered about her being the best thing that had ever happened to him.
Maundy
މޯންޑި. ނ. 1. ނަޞާރާދީނުގައި ޢީސާގެފާނުން ދުނިޔެއަށް އަލުން ފޮނުއްވާނޭ ކަމަށް އެމީހުން ޤަބޫލުކުރާ ދުވަހުގެ ކުރީ ބުރާސްފަތި ދުވަހު، ޚާއްޞަގޮތެއްގައި ޖަހާފައި ހުންނަ ފައިސާ، ފަޤީރުންނަށް ބަހާ ބެހުން. 2. މިގޮތުން ދޭ ފައިސާ. 3. މި ބުރާސްފަތި ދުވަހު، ނަޞާރާއިންގެ ރޯމަން ކެތަލިކް މަޒުހަބުގެ މީހުން ފައި ދޮންނަ ދޮވުން. Maundy Thursday މި ބުރާސްފަތި ދުވަސް. Maundy money މިދުވަހު ބަހަން ޖަހާ ޚާއްޞަ ފައިސާ.
Mauritania
މޮރިޓޭނިއާ. ނ. އެފްރިކާގެ އުތުރު ހުޅަނގުގައިވާ ޤައުމެއް. ނ. ނއ. Mauritanian.
Mauritius
މޮރިޝަސް. ނ. އިންޑިއާ ކަނޑުގައިވާ ޖަޒީރާ ޤައުމެއް. ނ. ނއ. Mauritian.
mausoleum
މޯޒަލިއަމް. ނ. މަޤްބަރާ. ވަރަށް ފުރިހަމަކޮށް ހަދާފައިވާ ޒިޔާރަތެއް.
mauve
މޮއުވް. ނއ. ފަނޑު ދަނބު ކުލަ.
maverick
މެވެރިކް. މެވަރިކް. ނ. 1. (އެމެރިކާގައި) ތައް ޖަހާފައި ނުވާ ގެރިއެއް ނުވަތަ އެހެން ޖަނަވާރެއް. 2. ޖަމާޢަތުގެ އެހެން މީހުންނާ ތަފާތު ޚިޔާލެއް ގެންގުޅޭ، ނަމަވެސް ސިޔާސީ ނުވަތަ އެހެން އެފަދަ ޖަމާޢަތަކަށް ނިސްބަތްވާ މީހެއް. ޢާއްމު ޚިޔާލުތަކާ ޚިލާފު މިނިވަން ތަފާތު ގޮތަކަށް އުޅޭ މީހެއް.
maw
މޯ. ނ. ބިރުވެރި ޖަނަވާރެއްގެ އަނގަ ނުވަތަ ބަނޑު. އެ އެއްޗަކާ ގާތްވުމުން ހުރިހާ ސަމާލުކަމެއް އެއަށް ދަމައިގަންނަ ކަންކަން. She fears that the matter will simply be swallowed up by the maw of bureaucracy.
mawkish
މޯކިޝް. ނއ. ޝުޢޫރުތައް ނުވަތަ ލޯބި ސޭކު ގޮތަކަށް ހާމަކުރާ. The film lapses into mawkish sentimentality near the end. ކއ. mawkishly. ނ. mawkishness.
maxim
މެކްސިމް. ނ. ޢާއްމު ޙަޤީޤަތެއް ނުވަތަ އުޅުން ބަހައްޓަންވީ ގޮތް ބަޔާން ކުރާ ޢިބާރާތެއް. ހަރުބަހެއް. ޙިކްމަތްތެރި ބުނުމެއް. ދިރިއުޅުމުގެ ގަވާއިދެއް. މ. waste not, want not އިސްރާފުކުރުން މަދުކުރާނަމަ، ތަކެއްޗަށް ޖެހޭ މިންވަރު ކުޑަވާނެއެވެ.
maximal
މެކްސިމަލް. ނ. ވާނެ އެންމެ ގިނައިން، އެންމެ ބޮޑަށް.
maximize
މެކްސިމައިޒް. ކ. އެންމެ ބޮޑުކުރުން. އެންމެ ގިނަ ކުރުން. އެންމެ އިތުރުކުރުން. ނ. maximization.
maximum
މެކްސިމަމް. ނ. ވާނެ، ކުރެވޭނެ އެންމެ ބޮޑު/މަތި/ގިނަ މިންވަރު. (ސ) އުޕަރިމަ. އުފަރިމަ. ނއ. އެންމެ ބޮޑު، އެންމެ މަތި، އެންމެ ގިނަ.
may
މެއި. ކ. (މިއީ އިނގިރޭސިބަހުގެ އޮގްޒިލިއަރީ (ކަމަކަށް އެހީތެރިވާ) ކަމެއް. ބައެއް ހާލަތްތަކުގައި: (might ވެދާނެ ކަމަކަށް އިޝާރާތްކުރަން (it may be true). ހުއްދަ ދިނުމަށް، ވަރިހަމައޭ ބުނުމަށް. (you may go). ކަމަކަށް އެދުމަށް (long may he live). ޔަޤީންކަން ނެތްކަން ހާމަކުރުމަށް (whoever it may be)
may
މެއި. ނ. ޢާއްމުކޮށް ފިނި ޤައުމުތަކުގައި ހެދޭ ހުދު މަލެއް އަޅާ ގަހެއް.
May
މެއި. ނ. މީލާދީ އަހަރުގެ ފަސް ވަނަ މަސް. May Day މަސައްކަތްތެރީންގެ ދުވަހެއްގެ ގޮތުގައި ބައެއް ޤައުމުތަކުގައި ފާހަގަކުރާ ބަންދު ދުވަހެއް. May Queenމިދުވަހުގެ އިޙްތިފާލުތަކުގައި ރަނި ކަމަނާއެއްގެ ގޮތުގައި ހެދުން އަޅައިގެން ބައިވެރިވާ ކުއްޖެއް.
Maya
މާޔާ. ނ. މެކްސިކޯގައި އުޅުނު ޒަމާންވީ ދަރިފަސްކޮޅެއް. ޔޫރަޕުގެ ބަޔަކު އަރައި ވަނީ މީގެ ގިނަ ބަޔަކު މަރާލެވިފައެވެ. ނއ. Mayan.
maybe
މެއިބީ. ކއ. ފަހަރެއްގައި. މި ލަފުޒު ބޭނުންކުރަނީ، ޔަޤީންކަން ނެތްކަން ހާމަކުރުމަށެވެ. ބައެއް ފަހަރު، އަދަބުވެރިކަމާ އެކު ކަމެއް ހުށަހެޅުމަށް ވެސް ބޭނުންކުރެއެވެ. މ. Maybe we should start again.
mayday
މެއިޑޭ. ނ. އެހީ ބޭނުންވާކަން އެންގުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ބޭނުންކުރާ ލަފުޒެއް. މިއީ ފަރަންސޭސިބަހުން އަހުރެންނަށް އެހީވޭ m’aider މިހެން ބުނާގޮތަށް އިނގިރޭސިބަހުން ކިޔާ ގޮތެވެ.
mayfly
މެއިފްލައި. ނ. ފެނުގެ ކައިރީގައި ފިނި ޤައުމުތަކުގައި އުޅޭ އުމުރުކުރު މެއްސެއް. މީގެ ފޫކޮޅުން ދެ/ތިން ނަރުވާއެއް ނުކުމެފައި ހުރެއެވެ.
mayhem
މޭހެމް. ނ. ގެއްލުންދެނިވި ހަރަކާތްތަކެއް ހިނގާ ޙާލަތެއް. ކޮންޓްރޯލެއް، އިންތިޒާމެއް ނެތް ޙާލަތެއް.
mayn’t
= ކުރުކޮށް may not.
mayonnaise
މޭޔަނޭޒް. ނ. 1. ތެލާއި ރާހުތާއި ކުކުޅުބިހު ލޮނދިން ތައްޔާރުކުރާ ސޯސް އެއް. 2. މި ހިމެނޭ ކާއެއްޗެއް. މ. tuna mayonnaise.
mayor
މޭޔަރ. ނ. ރަށެއް ނުވަތަ ސިޓީއެއް ހިންގުމަށް އިންތިޚާބުކުރާ ޖަމާޢަތެއްގެ އިސްދާރު. ޝަހަރުދާރު. ނއ. mayoral މެއިރަލް. ނ. mayoress މޭޔަރެއްގެ އަނބި. އަންހެން މޭޔަރ.
maypole
މެއިޕޯލް. ނ. އޭގެ ކުރީގައި ރިބަން ހަރުކޮށްގެން މީހުން ”މެއިޑޭ“ ގައި ނަށާ މުޑިއެއް.
maze
މެއިޒް. ނ. 1. މަޖަލަކަށް އެއް ދޮރުން ވަދެ އަނެއް ދޮރުން ނުކުންނަންޖެހޭ، ގިނަ ހަނި މަގުތަކެއް އެކި ގޮތްގޮތަށް ހުންނަ، އެއް މަގު އަނެއް މަގަށް ނުފެންނަހެން ގަސް ދެފަރާތުގައި އިންދާފައި ހުންނަ ތަނެއް. 2. މިފަދަ ގިޔުގަނޑެއް. 3. ހައިރާންވެފައިވާ ޙާލަތެއް.
mazurka
މޭޒާކަ. ނ. ޕޮލެންޑް މީހުންގެ ހަލުވި ނެށުމެއް. މިނެށުމަށް ހަދާފައި ހުންނަ މިޔުޒިކް.
MC
ކުރުކޮށް Master of Ceremonies.
MCC
ކުރުކޮށް Marylebone Cricket Club. ކުރިކެޓުގެ ގަވާއިދުތައް ހެދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ އެއް. މިހާރު މިކަން ކުރަނީ އިންޓަނޭޝަނަލް ކްރިކެޓް ކްލަބް އިންނެވެ.
Mc/s
ކުރުކޮށް Megacycles per second. ތުރުތުރުއެޅުން މިނާ މިންގަނޑެއް. މި ޒަމާނުގައި ބޭރުންކުރަނީ މެގަހާޓްޒް MHz އެވެ.
Md.
ކުރުކޮށް މޭރީލަންޑް. ޔޫ.އެސް. ގެ ސްޓޭޓް އެއް.
me
މީ. މި. (ނަމުގެ ބަދަލުގައި ބޭނުންކުރާ ލަފުޒެއް). މަ. އަހުރެން. މި ލަފުޒު ބޭނުންކުރަނީ ޖުމުލައެއްގައި ކަމެއް ރައްދުވާ ފަރާތަކީ އަހުރެން (ލިޔާ ނުވަތަ ބުނާ ފަރާތް) ކަމަށް ވާ ޙާލަތްތަކުގައެވެ.
Me.
ކުރުކޮށް Maine.
mead
މީޑް. ނ. ފެނާއި މާމުއި ރާމާކޮށްގެން، ކަމީރުކޮށްގެން ހަދާ ބަނގު ރަލެއް.
meadow
މެޑޯ. ނ. ވިނަ ފަޅާފައިވާ ދަނޑެއް. (ފ) ޢަލަފްޒާރު. ޗަމަންޒާރު. (ޢ) މަރްޖް.
meadowsweet
މެޑޯސްވީޓް. ނ. ވިނަ ފަޅާފައި ހުންނަ ދަނޑުތަކުގައި ހެދޭ މީރު ވަހެއް ހުންނަ ހުދު މަލެއް އަޅާ ގަހެއް.
meagre
މީގަރ. ނއ. މިންވަރު މަދު.
meal
މީލް. ނ. 1. ކައިއުޅޭ އިރު. ކައިއުޅޭ ވަގުތު. 2. މިއިރުގައި ކައިއުޅޭ ކާނާ. ކޮއްތު. make a meal of ބޭނުންވާ ވަރަށް ވުރެ މަސައްކަތެއް ބޮޑުކަމަށް ހެދުން. meal-ticket އެ ދެއްކުމުން ތަނަކުން (މ. ކެންޓީނުން) ކާނާ ދޭ ލިޔުމެއް. ކާނާ ދޭ މީހާ. mealtime ޢާއްމުކޮށް ކައިއުޅޭ ވަގުތު.
meal
މީލް. ނ. ރާޅުކޮށް މުގުރާފައި ހުންނަ ގޮވާން.
Thiya kuravvamun gendhavaa minneiy masakkathah varah bodah shukuriyyaa.
ތިޔަ ކުރައްވަމުން ގެންދަވާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ
Thiya kuravvanee agu nukureveyhaa bura, gaumee masaiykatheh.
Maiy Allah thibaa ah dharuma dhehvaane dheyve. Ameen
V aguhuri masaikathe.V gina vaguthu mikamah dedicate kohgen noon gothakah mihaa furihama koh mikan nukureveneyne kan yageen. Dr ge thiya effort ah maruhabaa kiyan.Good luck.
How can we get full dictionary
Madman ah moyavefaivaa firihenekey liyuvvi iru madwoman ah moya, seyku anhenekey liyuvee keehvethoa
Masaakkaiy kuree mafhoom (concept) veehaa bodah kiyuntheriyaa ah angaidheyn. Ehenve, ethah gothakah eh mafhoom eh kiyaadhevifai vaane.