F – FE

FI – FL

FOA – FOY

FR – FU

foal

ފޯލް. ނ. އަސް ނުވަތަ އެ އާއިލާގެ ކުޑަ އެއްޗެއް. މޮންގޯލިއަން ބަހުން އުނަގަ.

foam

ފޯމް. ނ. 1. ދިޔައެއްގެ ތެރޭގައި ނުވަތަ މަތީގައި އުފެދޭ ކުދި ބޮކިތަކެއް. ފޮނު. 2. ކުޅުން ނުވަތަ ދަލުން އުފެދޭ ފޮނު. 3. ރަބަރު ނުވަތަ ޕްލާސްޓިކް ފޮނު. އިސްޕަންޖު. —ކ. ފޮނު އުފެދުން ނުވަތަ ބޭރަށް ފޮނުގެ ގޮތުގައި އައުން. ނއ. —foamy.

fob

ފޮބް. ނ. ޖީބުގަޑީގައި ހުންނަ ކެވެލިކޮޅު. ތަޅުދަނޑިލާ ބޮޅެއްގައި ހުންނަ މިފަދަ އެތި. ތަޅުދަނޑީގެ ގޮތުގައި ބޭނުންކުރޭވޭ އިލެކްޓްރޮނިކް އެއްޗެއް.

fob

ފޮބް. ކ. (fobbed, fobbing) ގަންނަ މީހާ ބޭނުންނުވާ އެއްޗެއް އޭނާގެ ‘ބޮލުގައި އެޅުވުން’.

focal

ފޯކަލް. ނއ. ފޯކަސް އަށް ނިސްބަތްވާ. ފޯކަސް ގެ.

fo’c’s’le

ފޯކްސުލް. ނ. ކުރުކޮށް forecastle.

focus

ފޯކަސް. ފޮއުކަސް. ނ. (ގިނަ ނަމަ foci/focuses). 1. ދޯދިތަކެއް އެއްވާތަން ނުވަތަ އެތަނަކުން ދޯދިތައް ފެތުރޭ ތަން. ތަރުކީޒު. ކަމެއްގެ ނުވަތަ އެއްޗެއްގެ އެންމެ މުހިއްމު ތަން/ކަން. 2. ލެންސް އަކުން ނުވަތަ ލޮލުން އެއްޗެއް އެންމެ ސާފުކޮށް ފެންނަ ދުރުމިން ނުވަތަ އެ ހުރި ތަން. 3. ލެންސް އެއްގެ ކައިރިދުރުމިން ބަދަލުކުރަން ހަދާފައިވާ އެއްޗެއް. 4. ޙަރަކާތްތަކެއްގެ ނުވަތަ ކަމެއްގެ މެދު ނުވަތަ މަރުކަޒު. —ކ. (focused, focusing) 1. ލެންސް ފަދަ އެއްޗެއްގެ ފޯކަސް ރަނގަޅުކުރުން. 2. ކަމަކަށް ނުވަތަ އެއްޗަކަށް ނަޒަރު/ވިސްނުން މުޅީން ޚާއްޞަކުރުން. އެއްޗެއް ފޯކަސް އަށް ގެނައުން. 3. މަރުކަޒެއް ފަދަ ތަނަކަށް އެއްޗެތިތަކެއް އެއްކުރުން. މަރުކަޒުކުރުން. in/(out of) focus ލެންސް އިން ނުވަތަ ލޮލުން ސާފުކޮށް ފެނުން ނުވަތަ ނުފެނުން.

fodder

ފޮޑަރ. ނ. އަހާއި ދަނޑުގެ ޖަނަވާރުތަކަށް ކާންދޭ، ހިއްކާފައި ހުންނަ ހުއި ފަދަ ތަކެތި. (އ) ޖާރާ.

foe

ފޯ. ނ. ހަތުރު. އަދާވާތްތެރިޔާ. ޢަދުއްވު.

foetal

ފީޓްލް. ނއ. ފީޓަސް ގެ. (ތިރިބަލާ!)

foetus

ފީޓަސް. ނ. ރަހިމުގައި ނުވަތަ ބިހުގައި އުފެދިފައިވާ ފުރިހަމަ ނުވާ ޅަ އެތި. ރަހިމުގައިވާ 8 ހަފުތާއަށް ވުރެ ގިނަދުވަސްވެފައިވާ ދަރި. (ޢ) ޖަނީން.

fog

ފޮގް. ނ. 1. އޭގެ ތެރެއިން ފެންނަން ދަތި ދުންފިނި. (ސ) މީދުމަ. 2. ފޮޓޯ ނެގެޓިވްގައި އުފެދޭ ނުސާފުކަން. —ކ. (fogged, fogging) 1. އާވި ތަތްލައި ކުދިކުދި ތިކިތައް އުފެދުން. 2. ނުސާފުކަން ނެގެޓިވް އެއް ފަދަ އެއްޗެއްގައި އުފެދުން. 3. ސާފުކޮން ނުވިސްނޭ ގޮތް ހެދުން ނުވަތަ މިހެންވުން. fog-horn ނ. ދުންފިނީގައި އިންޒާރެއްގެ ގޮތުގައި ބޯޓުތަކަށް އިއްވާ ބަރުގޮނު. fog-lamp ދުންފިނީގައި ދިއްލާ ގަދަ އައްޔެއް ހުންނަ ބައްތިއެއް.

fogey

ފޮގީ. ނ. މުސްކުޅި ޚިޔާލުތައް ހުންނަ މީހެއް.

foggy

ފޮގީ. (foggier, foggiest)ނއ. 1. ދުންފިނިން ފުރިފައި. 2. ދުންފިނި ފަދަ އެއްޗެއްގެ ސަބަބުން އެއްފަރާތުން އަނެއް ފަރާތް ނުފެންނަ ގޮތްވުން. 3. ސާފުނޫން. އެހާ ރަނގަޅަށް ފިކުރަށް ނުވިސްނޭ. ނ. fogginess. not the foggiest ކަމަކާ ދޭތެރޭ އެއްވެސް ޚިޔާލެއް ނެތް.

foible

ފޮއިބްލް. ނ. މީހެއްގެ ޠަބީޢަތުގައި ހުންނަ ގެއްލުމެއް އެއްވެސް ފަރާތަކަށް ނުލިބޭ އެހެން މީހުންނާ ތަފާތު ގޮތްތައް.

foil

ފޮއިލް. ނ. 1. ފަތާވ ަންދެން ތަޅައިފައި ހުންނަ މަޢުދަން. ތާން ޝީޓު. ވަރަގު.

foil

ފޮއިލް. ކ. ކަމެއް ނާކާމިޔާބު ކޮށްލުން. ކަމެއް ވިޔަ ނުދިނުން.

foil

ފޮއިލް. ނ. ފެންސިން ކުޅިވަރުގައި ބޭނުންކުރާ ކުރީގައި ގޮބެއް ލީ ހިމަ ދިގު ކަނޑި.

foist

ފޮއިސްޓް. ކ. މީހަކު ބޭނުން ނުވާ، ފައިދާނުކުރާ، ޙައްޤުނޫން ކަމެއް އޭނާ ޤަބޫލުކުރާގޮތް ގަދަކަމުން ހެދުން. މ. the job was foisted upon us އެ މަސައްކަތް އަހުރެމެންނަށް ގަދަކަމުން ދިނީއެވެ. junk food is foisted upon children by tv commercials.

fold

ފޮއުލްޑް. ކ. 1. އެއްބައި އަނެއް ބައިގެ މަތީގައި އޮންނަގޮތަށް ލަނބާލުން. ފަތްޖެހުން. 2. ފަތްޖެހޭ. ފަތްޖެހިފައިވުން. 3. ދެއަތް މޭމަތީ ފަތްޖަހާ ބޭއްވުން. ހަށަން ބަންނަ ގޮތަށް ހެދުން. 4. އެއްޗެއް އުރައަކަށް ލުން. 5. ކާތަކެތި ތައްޔާރުކުރާއިރު، ސަމުސަލަކުން އެއްބައި އަނެއްބައިގެ ތެރެއަށް އަޅައި އެއްކުރުން. 6. ނުހިނގި ހުއްޓުން. މ. ވިޔަފާރިއެއް. މ. the business has folded up. —ނ. 1. އެއްޗެއްގެ ފަތްޖަހާފައިވާ ބައި. ދެ އެއްޗެއްގެ ދެމެދުގައިވާ ހުސްތަން. 2. ފަތްޖަހާލުމުން އުފެދޭ ރޮނގު. 3. ދެ ފަރުބަދަ ނުވަތަ އުސް ދެ ވެލިގަނޑުގެ ދެމެދު. fold one’s arms މޭމަތީ ދެއަތް ހަށަން ބަންނަގޮތައް ބެހެއްޓުން. fold one’s hands އެއް އަތުން އަނެއް އަތުގައި ހިފެހެއްޓުން.

fold

ފޮއުލްޑް. ނ. 1. ކަންބަޅިތަކެއް ލެވޭގޮތަށް ހުންނަ ކޮށި. 2. މަޤްޞަދުތަކާއި އިޢުތިޤާދު އެއްގޮތް ޖަމާޢަތެއް. ފައްޅިއެއްގެ މެންބަރުން. return to the fold އެފަދަ ޖަމާޢަތަކާ އަލުން ގުޅުން.

folder

ފޯލްޑަރ. 1. ހީރަސްނުޖަހާ ކަރުދާސް ލާން ގެންގުޅޭ މެދުން މަޅާލައިފައިވާ ފައިލު. 2. މެދުން ލަނބާލާފައިވާ ނޫހެއް. 3. ކޮމްޕިއުޓަރުގައި ފައިލްތައް ރެކޯޑުކޮށް ތަރުތީބުކުރަން ވަކި ނަމެއް ދޭ ބައެއް/ޑިރެކްޓަރީއެއް.

foliage

ފޯލިއޭޖް. ފޯލީޖް. ނ. ގަސްގަހުގެ ފަތް.

folic acid

ފޯލިކް އެސިޑް. ފޮއުލިކް އެސިޑް. ނ. ލޭ މަދުވުމުގެ ބަލި އުފެދުމެއް ދިމާވާ، B ގުރޫޕްގެ ވިޓަމިނެއް.

folio

ފޯލިއޯ. 1. ބޮޑު ގަނޑެއް މެދުން ފަތް ޖަހާލުމުން އުފެދޭ ފޮތެއްގެ ދެ ގަޑު. ގުއްރާސް. 2. މިފަދަ ގަނޑުން ހަދާފައިވާ ފޮތެއް. އެންމެ ބޮޑުކޮށް ހަދާފޮތް. 3. ފޮތެއްގެ ގަނޑެއްގައި ޗާޕުކޮށްފައިވާ ޞަފުޙާ ނަންބަރު.

folk

ފޯކް. ނ. 1. ޢާއްމުކޮށް މީހުން. 2. ޤައުމެއް ނުވަތަ ޖަމާޢަތެއްގެ މީހުން. މ. country folk ރަށްފުށުމީހުން. 3. މީހެއްގެ ތިމާގެ މީހުން. folk-dance, folk song ރަށެއްގެ އާދަކާދައާ ގުޅޭ، ސަގާފީ ނެށުން، ލަވަ.

folklore

ފޯކްލޯ. ނ. ބައެއްގެ ނުވަތަ މުޖުތަމަޢު އެއްގެ ޤަބޫލުކުރުންތަކާއި ކަތަތަކާއި ނެށުންތަކާއި ބުނުންތަކާއި އާދަތައް. ގެމިކަތަ.

folksy

ފޯކްސީ. ނއ. 1. އުޅުމުގައި އާދައިގެ، ސާދާ. 2. މީހުންނާ ގުޅޭ، އިޖްތިމާޢީ ކަންތައްތަކުގައި ބައިވެރިވާ.

folkweave

ފޯކްވީވް. ނ. އުއި ދުރުކޮށް ވިޔެފައި ހުންނަ ފޭރާމެއް. މި ގިނައިން ބޭނުންކުރަނީ ގޮނޑި ފަދަ ތަކެތީގައި ޖެހުމަށެވެ.

follicle

ފޮލިކަލް. ފޮލިކުލް. ނ. ހަށިގަނޑުގައި އެއްޗެއް ލެވިފައިވާ ވަރަށް ކުޑަ ކޮތަޅެއް ނުވަތަ ލޯވަޅެއް. ޚާއްޞަކޮށް އިސްތަށީގެ މޫ ހުންނަ ކޮތަޅު.

follow

ފަލޯ. ފޮލޮއު. ކ. 1. އެއްޗެއްގެ ފަހަތުން ދިއުން ނުވަތަ އެއްޗަކާ ވިދިގެން އޭގެ ފަހުން އައުން. 2. މަގަކުން، ރާސްތާއަކުން އެއާ އެއްގޮތަށް ދިއުން. 3. ކަމަކާ ނުވަތަ އެއްޗަކާ ޖެހިގެން އެއްޗެއް ގެނައުން، އުފެއްދުން، ދިނުން. 4. މިސާލެއްގެ ގޮތުގައި، އިމާމެއްގެ ގޮތުގައި ނުވަތަ ވެރިއެއްގެ ގޮތުގައި ދުށުން. އެއްޗަކަށް ނުވަތަ މީހަކަށް ތަބާވުން. މ. follow the fashion ފެޝަނާ އެއްގޮތަށް އުޅޭށެވެ. 5. އެއްޗެއްގެ މާނަ އެނގުން. ދެތުން. ފަހުމްވުން. އޮޅުންފިލުން. 6. ކަމެއް ހިނގާގޮތަށް ޝައުޤުހުރެގެން ވާނުވާ ބެލުން. މ. ފުޓުބޯޅަ ޓީމެއް، ޚަބަރު. 7. ކަމަކާގުޅިގެން، ކަމެއްގެ ނަތީޖާއެއްގެ ގޮތުން އެހެން ކަމެއް ވުން. 8. އެހެން އެއްޗެއް ވަކިގޮތަކަށް ވީމާ، އެކަމާ ގުޅިގެން ކަމެއް ތެދުވުން. follow on ފުރަތަމަ އިނިންގްސް ގައި ނަތީޖާ ދަށްކަމުން ކުޅެން މަޖުބޫރުވުން. follow-on ނ. މިކަމުގެ މިސާލެއް. follow one’s nose މީހެއްގެ ޣަރީޒާ އާ އެއްގޮތަށް (ހިތަށް ފެންނަ ގޮތަށް) ކަމެއް ކުރުން. follow suit ޖެހި ރަނގައިގެ ގަޑެއް (ތާސްބައިން) ޖެހުން. އެހެން މީހެއްގެ ޢަމަލުތަކާ އެއްގޮތަށް ކަންކަން ކުރުން. follow up ކުރިން ކުރެވިފައިވާ މަސައްކަތަކާ ގުޅޭ ކަންކަން ފަހުގެ ވަގުތެއްގައި ނިމުނު ހިސާބުން ކުރުން. ކަމަކާ ގުޅިގެން އިތުރު ހޯދުންތައް ހޯދައި، މަސައްކަތް ކުރުން. follow-up ނ.

follower

ފޮލޯވަރ. ނ. 1. ތަބާވާ މީހެއް. 2. ދީނެއް، އެދުރެއް ނުވަތަ އެހެންވެސް އިޖްތިމާޢީ ކަމަކަށް ހިތްވަރުދީ، އެކަންކަމަށް އީމާންވާ މީހެއް.

following

ފޮލޮވިން. ފަލޮވިން. ނ. ކަމަކަށް ނުވަތަ މީހަކަށް ތަބާވާ ބައެއްގެ ޖަމާޢަތެއް. —ނއ. އަންނަނިވި. މ. answer the following questions އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ. ޕރޕ. ޖެހިގެން، (ކަމަކާ) ގުޅިގެން. މ. following the price rise, demand fell. އަގު ބޮޑުކުރުމާ ގުޅިގެން ވިކޭ ޢަދަދު މަދުވިއެވެ.

folly

ފޮލީ. ނ. 1. މޮޔަކަން. މޮޔަކަމުގެ ޢަމަލެއް. 2. އެއްވެސް ބޭނުންތެރިކަމެއް ނުކުރެވޭ އަގުބޮޑު ޒީނަތްތެރި ޢިމާރާތެއް.

foment

ފޯމެންޓް. ފޮމެންޓް. ކ. ބައެއްގެ ދެމެދުގައި ރުޅިވެރިކަން އުފެއްދުން. ބަޣާވަތެއް، ދެކޮޅުވެރިކަމެއް ފަދަ ކަމެއް އުފެއްދުމަށް ހިތްވަރުދިނުން.

fomentation

ފޯމެންޓޭޝަން. 1. ދެކޮޅުވެރިކަން އުފައްދާ އުފެއްދުން. 2. ދުޅަ ނުވަތަ ރިހުން ކުޑަކުރުމަށް އުނގުޅާ ހޫނު ތެލެއް.

fond

ފޮންޑް. ނއ. 1. ލޮބުވެތި، ހަހަރުވެތި. 2. މީހަކަށް، ކަމަކަށް މާބޮޑަށް ރުހޭ. ހިތާވާ. 3. (އުއްމީދު ތަކާ މެދު) ވަރަށް އެދޭ ނަމަވެސް ޙާޞިލްނުވާނޭ. —ކއ. fondly. ނ. fondness.

fondant

ފޮންޑަންޓް. ނ. ހަކުރުގައި ކުލައާއި ރަހައެއް ލައްވައިގެން (ކޭކުގެ ބޭރުގައި އުނގުޅުމަށް ބޭނުންކުރާ) މަޑު އޮލައެއް.

fondle

ފޮންޑްލް. ކ. ލޯތްބާއެކު ބީހުން، އަތްލުން.

fondue

ފޮންޑިއު. ނ. ރަހައެއް ލައްވައި ދިޔާކޮށްފައިވާ ޗީޒް.

font

ފޮންޓް. ނ. 1. ނަޞާރާ ދީނުގައި ކުޑަކުދީންނަށް ނަންކިޔަން (އެ ދީނަށް ވައްދަން) ބޭނުންކުރާ ކުޑަ އުސް ބިލިގާއެއް. 2. ބަސް ލިޔަން ބޭނުންކުރާ، ފަރުމާ އެއްގޮތް އަކުރު ސެޓެއް.

fontanelle

ފޮންޓަނެލް. ނ. ކުޑަކުދީންގެ ބޮލުގެ ނާށިގަނޑު ނުގުޅި ހުންނައިރު ދެކަށިގަނޑު ޖެހޭތަން ފާހަގަވާ މަގު.

food

ފުޑް. ނ. 1. ދިރުން ހުންނަތަކެތި ހެދި ބޮޑުވުމަށް އެތެރެކުރާ ތަކެތި. ކާނާ. ކޭން. ޣިޛާ. 2. މި ބާވަތުގެ ދިޔާ ނޫން ތަކެތި. މ. food and drink. food for thought ވިސްނަން ޖެހޭ ކަންކަން. food poisoning ކާނާގައިވާ ވިހައެއްގެ ސަބަބުން ނުވަތަ ޖަރާސީމުގެ ސަބަބުން ވާ ބަލި. food processor ކާތަކެތި ހިމުން ކުރާ ނުވަތަ ކަފާ މެޝިނެއް. food value ކާނާއިން ލިބޭ ހަށިގަނޑު ބޮޑުވެ ގަދަވުމުގެ ބާރު.

foodstuff

ފުޑްސްޓަފް. ނ. ކެއުމަށް ބޭނުންކުރާ އެއްޗެއް.

fool

ފޫލް. ނ. 1. ފިކުރެއްނެތި ޢަމަލުކުރާ މީހެއް. ރަނގަޅަށް ނުވިސާ ކަންކަން ކުރާ މީހެއް. ގަމާރު. އަނދޮޅު. 2. މެދު ޒަމާނުގައި ގޭގޭގައި އުޅުނު ހެއްވާ ކަންތައްތައް ކުރާ މީހެއް. 3. ކަސްޓަޑް އާއި ކްރީމް އާއި މޭވާގެ ވަރި ފުނޑުވައިގެން ހަދާ ކާނާއެއް. —ކ. 1. މީހުން ފޮށޭ ގޮތަށް ނުވަތަ ހެއްވާ ގޮތަށް އުޅުން. 2. މުނިފޫހިފިލުވަން ވިސްނުމެއް ނެތި ކުޅުން. 3. މީހަކަށް ހީލަތެއް މަކަރެއް ހެދުން. fool’s errand ބޭނުމެއް ނެތި ކުރާ ދަތުރެއް. ތަނަކަށް ބޭނުމެއް ނެތި ދިއުން. fool’s paradise ނޭނގުމެއްގެ ތެރެއިން މީހާއަށް ލިބޭ އުފާވެރިކަން. make a fool of މޮޔައެއް ކަމަށް އެހެން މީހަކު ހީކުރާނޭ ގޮތަށް މީހަކު ލައްވާ ކަންކަން ކުރުވުން. މީހަކަށް އޮޅުވައިލުން.

foolery

ފޫލަރީ. ނ. ވިސްނުމެއް ނެތި އުޅޭ އުޅުން ނުވަތަ ކުރާ ކަންކަން.

foolhardy

ފޫލްހާޑީ. ނއ. ކެރުން ހުރި އެކަމަކު ވިސްނުމެއް ނެތި. ވެދާނެގޮތަކަށް ނުވިސްނާ ވަރަށް ނުރައްކާތެރި ކަންތައްތަކާ ކުރިމަތިލާ. ކއ. foolishly. .foolishness

foolish

ފޫލިޝް. ނއ. 1. ޙިކްމަތެއް ރަނގަޅުކަމެއް ނެތް. ގަބު. 2. (ޢަމަލަކާ މެދު) ޙިކްމަތްތެރިކަމެއް ނެތް. 3. ގަމާރު. މ. felt foolish.

foolproof

ފޫލްޕްރޫޕް. ނއ. 1. (އިރުޝާދާއި ގަވާއިދުތަކާ މެދު) ފަސޭހައިން ދޭހަވެ، އޮޅުމެއް ނޯންނާނޭގޮތަށް އެކުލަވާލައިފައިވާ. 2. (މެޝިންތަކާ މެދު) ހިންގުމަށް ވަރަށް ފަސޭހަ. އޮޅުމެއް ނާރާނޭ.

foolscap

ފޫލްސްކެޕް. ބޮޑު ސައިޒެއްގެ (8 އިންޗި × 13 އިންޗި) ކަރުދާސް ގަނޑެއް. މި ގަނޑު އެންމެ ފުރަތަމަ އުފެއްދިއިރު، ފަޑުކޮށް ކަރުދާހަށް މޮޔައެއްގެ ތާކިހާ އަރުވާފައި ހުރެއެވެ.

foot

ފުޓް. ނ. (ގިނަ ނަމަ feet) 1. ފައިގެ ފުންނާބުން ތިރީ ހުރިހާ ތަނެއް. 2. ޖަނަވާރު، އެކި އެޗިހީގައި ހިފުމަށް ހަރުލުމަށް ނުވަތަ ހިނގާ ދުވުމަށް ބޭނުންކުރާ މިފަދަ ބައި. ފައި. 3. އެނދެއް މޭޒެއް ފަދަ އެއްޗެއްގެ ތިރީބައި. 4. ސްޓޮކިން އެއްގެ ފައި. 5. މީހަކު ފައިތިލަ ޖައްސާ ދުރުމިން. އޭނާގެ ހިނގުމުގެ ހަލުވިކަން. މ. fleet of foot. 6. ތިރިން ބޭރަށް ނުކުމެފައިވާ ތަނެއް. މ. ފަހާފޮށީގެ ދަތްގަނޑު. 7. އުސް އެއްޗެއްގެ ތިރީގައި. މ. ހަރުގަނޑެއްގެ، ސަފުހާއެއްގެ، ލިސްޓެއްގެ، ފަރުބަދައެއްގެ. 8. 12 އިންޗީގެ ދިގުމިން. 9. ޅެމެއްގެ އެއް ފޮޅުވަތުގައި ބާރުލާ ކިޔާ ފިލިޖެހޭ އަކުރެއްގެ ނުވަތަ ދަމާ ފިއްޔެއްގެ ތާލު. މ. Jack | and Jill | went up | the hill. —ކ. ހިނގުން (ދުއްވާފައެއް ނޫން). މ. will have to foot it. feet of clay ޤަދަރުދެވުނު މީހެއްގެ ކިބައިގައިވާ ވަރަށް އުނި ކަމެއް. foot-and-mouth disease ފަޔާއި އަނގަ ފާރުވާ ނަޢަމް ސޫފިއަށް ޖެހޭ ބައްޔެއް. Foot Guards އިނގިރޭސި ގަނޑުވަރުގެ ސިފައިންގެ ތެރެއިން ފައިގައި ފޯރިމަރާ ޖަމާޢަތެއް. foot the bill ބިލް ދެއްކުމަށް ޒިންމާވުން. have a foot in both camps އިދިކޮޅު ދެފަރާތުގައި ވެސް މެންބަރެއްގެ ގޮތުގައި އުޅުން. have one’s foot in the grave ވަރަށް މުސްކުޅިވެފައިވުން، މަރުވާން ކައިރިވެފައިވުން. my foot! ކަމަކަށް ރުޅިވެރިކަމާއެކު ނޫނެކޭ ބުނަން ކުއްލިއަކަށް ބުނާ ޢިބާރާތެއް. on foot ހިނގާފައި. to one’s feet ކޮޅަށް. under foot ބިމުގައި. ހިނގާތަނުގެ އަޑީގައި. under one’s feet ހިނގާ މަގުގައި. ފައިން އެރޭފަދަ ތަނެއްގައި.

footage

ފުޓިޖް. ނ. 1. ވީޑިއޯ ކޮށްފައިވާ ތަންކޮޅެއް. 2. ފޫޓުން ގުނާފައިވާ ދިގުމިނެއް.

football

ފުޓްބޯލް. ނ. 1. ވަށް ނުވަތަ ވަށްކޮށް ދިގުކޮށް އޮންނަ ބޮޑު ފައިބޯޅަ. 2. ދެ ޓީމެއްގެ ދެމެދުގައި ފުޓްބޯޅައެއް ބޭނުންކޮށްގެން ކުޅޭ ކުޅިވަރެއް. ނ. footballer. ފުޓުބޯޅަކުޅޭ މީހެއް. footballing ފުޓުބޯޅަ ކުޅޭކުޅުން. football pool ފުޓުބޯޅަ ޓީމުތަކެއްގެ ނަތީޖާއަށް ބިނާކޮށް ކުރާ ޖުވާގެ ބާވަތެއް. މީގައި ފައިސާ ބަހައްޓާނީ ވަކި ޓީމެއް މޮޅުވާނެކަމަށް ބަލައެވެ.

foot-bridge

ފުޓްބްރިޖް. ނ. ހަމައެކަނި ހިނގާ މީހުންނަށް ހަދާފައިވާ ފާލަމެއް.

footfall

ފުޓްފޯލް. ނ. ފައި ތަނެއްގައި އެޅުމުން ކިޔާ އަޑު. ފައިތިލައިގެ އަޑު.

foothill

ފުޓްހިލް. ނ. ފަރުބަދައެއްގެ ނުވަތަ ފަރުބަދަތަކެއްގެ ތިރީގައިވާ ކުޑަ އުސް ފަސްގަނޑެއް.

foothold

ފުޓްހޯލްޑް. ނ. 1. ތަނަކަށް އަރާއިރު ފަދަ ކަމެއްގައި ފައި ޖައްސާނޭ ތަނެއް. ފައި ހަރުލާ ތަނެއް. 2. ވިޔަފާރިއެއްގައި ނުވަތަ ސިޔާސީ ކަމެއްގައި ލިބޭ، ފަސޭހައިން ނުގެއްލޭ ކުޑަ މަޤާމެއް ނުވަތަ ދަރަޖައެއް.

footing

ފުޓިން. 1. ފައި ތަނެއްގައި ހަރުލާ ހަރުލުން ނުވަތަ ޖައްސާ ޖެއްސުން. މ. he lost his footing. 2. ޙާލަތް، ގޮތްތައް. މ. they were on friendly footing. the army is on a war footing.

footlights

ފުޓްލައިޓްސް. ނ. އިސްޓޭޖެއްގެ ތަޅުމުގެ ކުރިމަތީގައި ކުޅުންތެރީންނަށް އަލިވާ ގޮތަށް ހުންނަ އަލިގަދަ ބައްތިތަކެއް.

footling

ފުޓްލިން. ނއ. ނުރަސްމީބަހުރުވައިން ކުޑަ (ކަމެއް)، މުހިއްމު ނޫން. މ. ސުވާލެއް.

footloose

ފުޓްލޫޒް. ނއ. ޒިންމާތަކުން މިނިވަން މ. މީހެއް.

footman

ފުޓްމަން. ނ. ގޭގެއަށް ޒިޔާރަތްކުރާ މީހުން ދޮރޯށިން ވައްދައި، ކާ މޭޒުކައިރީގައި މަޑުކުރާ ޔުނިފޯމް އެޅި ފިރިހެން ޚާދިމެއް.

footmark

ފުޓްމާކް. ނ. ފައިތިލަ ޖެހުނު ތަނެއްގައި ހުންނަ ފިޔަވަޅު.

foot-muff

ފުޓް-މަފް. ނ. ފައިތިލައަށް ފިނިވި ނުދިނުމަށް ދެފައިލާ، ބޯ ރަޖައިން ހަދާފައި ހުންނަ ކޮތަޅެއް.

footnote

ފުޓްނޮއުޓް. ނ. ސަފުހާގެ ތިރީކޮޅުގައި ލިޔާ ނޯޓު. ހާމިޝް.

footpath

ފުޓްޕާތް (ތ ކިޔާނީ ފިއްތިއަޑުން). ނ. ދުވާރު، ހިނގާނެ މަގު.

footplate

ފުޓްޕްލެއިޓް. ނ. ރޭލެއްގައި، ޑުރައިވަރާއި ބޯޓުދެލި އުކާ މީހާ ހުންނަ ފިލާ.

footprint

ފުޓްޕްރިންޓް. ނ. ފައިވާނުން ނުވަތަ ފައިން ތަނެއްގައި އެޅޭ ފިޔަވަޅު (ގެ ނިޝާން).

foot-slog

ފުޓް-ސްލޮގް. ކ. (foot-slogged, foot-slogging) ހިނގުން. މާޗުކުރުން.

footsore

ފުޓްސޯ. ނއ. ހިނގާ ހިނގާ ފައިގައި ރިއްސައިފައިވާ (ފޮޅުލާފައިވާ).

footstep

ފުޓްސްޓެޕް. ނ. ހިނގާއިރު އަޅާ ފިޔަވަޅެއް. މި ގޮތަށް އަޅާ ފިޔަވަޅުގެ އަޑު. follow in someone’s footsteps ކުރިން މީހަކު ކަން ކުރި ގޮތަށް ކަންތައްތައް ކުރުން.

footstool

ފުޓްސްޓޫލް. ނ. އިށީދެގެން އިންނައިރު، ފައިތިލަ ބަހައްޓާ ކުޑަ ގޮނޑިއެއް.

footwear

ފުޓްވެއަރ. ނ. ފަޔަށްލައި ފައިވާނާއި ބޫޓާއި މިފަދަ އެހެން އެއްޗިއްސާއި އިސްޓާކީނުގެ ބާވަތްތައް.

foozle

ފޫޒްލް. ކ. ނުރަސްމީ ބަހުރުވައިން ގޮލްފު ކުޅޭއިރު ނުރަނގަޅު ގޮތަކަށް ބޯޅައިގައި ޖެހުން. ނުރަނގަޅު ގޮތަކަށް ކުޅުން، ކަމެއް ކުރުން.

fop

ފޮޕް. ނ. ހެދުން އަޅާގޮތަށް ނުވަތަ މީހުންނަށް އޭނާ ފެންނަގޮތަށް އާދަޔާ ޚިލާފު އިސްކަންދޭ މީހާ.

for

ފޯ. ޕރޕ. 1. އެއްޗެއްގެ ބަދަލުގައި. 2. އެއްޗެއްގެ އަގުގެ ގޮތުގައި ނުވަތަ ކަމެއްގެ އަދަބެއްގެ ގޮތުގައި. މ. fined for stealing. 3. ކަމެއްގެ ދިފާޢުގައި، ހިތްވަރުދޭން، އެހީއެއ ްދޭން. 4. މަޤްޞަދެއްގައި، ހޯދުމުގެ ބޭނުމުގައި، މ. went for a walk, looking for a job. 5. ކަމަކާ ބެހޭގޮތުން، ވަކިކަމަކާ ގުޅިގެން. މ. ready for dinner. 6. މަކި މަންޒިލަކަށް ދިއުމަށް. set out for home. 7. ވަކި ފަރާތަކުން ލިބިގަތުމަށް. ވަކިފަރާތެއްގެ މިލްކަކަށް. bought shoes for children. 8. ވަކި ވަގުތަކު ކަމެއް ވުމަށް. މ. an appointment for 2 o’clock. 9. ކަމަކާ ގުޅިގެން، އެހެންވެ. މ. famous for its rihaakuru. 10. ވަކި މުއްދަތަކަށް ނުވަތަ ރާސްތާއަކަށް. މ. walked for two miles, it will last for years. —(ގުޅުވުމުގެ ލަފުޒެއްގެ ގޮތުގައި). އެހެންވެ. މ. they hesitated because they were afraid. be for it. ނުރަސްމީ ބަހުރުވައިން އަދަބަކާއި ނުވަތަ މައްސަލައަކާ ކުރިމަތިލާން ގާތްވެފައި. for ever ހުރިހާ ދުވަހަކަށް، އަބަދަށް. ތަކުރާރުކޮށް. މ.he is for ever complaining.

forage

ފޮރިޖް. ނ. 1. ގެރިބަކަރިއަށާއި އަހަށް ކާންދޭ ބިމުގައި ހެދޭ ވިނަ، ގަސް ފަދަ ތަކެތި. 2. މިތަކެތި ކެއުމަށް ދަނޑަށް ދޫކޮށްލައިގެން އުޅޭ އުޅުން. —ކ. ހޯދުން، އެއްޗެއް ހޯދުމަށް ވަރަށް ބޮޑަށް ބެލުން.

foray

ފޮރެއި. ނ. 1. އެއްޗެއް ހޯދުމަށްޓަކައި ކުއްލިއަކަށް ތަނަކަށް ދޭ ހަމަލާއެއް. 2. ޢާއްމުކޮށް ކުރާ މަސައްކަތްނޫން ތަފާތު ކަމެއްގައި އުޅޭ ދުވަސްވަރެއް. 3. ވަކި ބޭނުމަކު ކުޑައިރުކޮޅަކަށް ތަނަކަށް ކުރާ ޒިޔާރަތެއް.

forbade

ބަލާ forbid.

forbear

ފޯބެއަރ. (forbore, forborne, forbearing) ކަމެއް ކުރުމުން (ހިތްވަރުލައިގެން) އެއްކިބާވުން. ކުރާހިތްވާ ކަމެއް ނުކޮށް ކެތްތެރިވުން. މ. forbore mentioning it. ހިތްވަރުން އެވާހަކަ ނުބުނެ ހުރުން. forbore from criticizing ގަދަކަމުން، ކުށްނުދައްކައި ހުރުން.

forbearance

ފޯބިއަރަންސް. ނ. ކެތްތެރިކަން. ދައްޗަކަށް ޝަކުވާނުކޮށް ކުރާ ތަޙައްމަލު. ޞަބްރު.

forbid

ފޯބިޑް. ކ. (forbidden, forbidding) 1. މީހަކަށް ކަމެއް ނުކުރާން އެންގުން، ތަނަކަށް ނުވަންނަން އެންގުން. މަނާކުރުން. ހަރާންކުރުން. 2. ކަމަކަށް ހުއްދަ ދިނުމަށް އިންކާރުކުރުން. މ. forbid the marriage ކައިވެންޏެއް ކުރުން މަނާކުރުން.

forbidding

ފޯބިޑިން. ނއ. ފެންނަ ފެނުމުގައި ރައްޓެހިނޫން، ގާތްވާ ހިތްނުވާ، ހަރުކަށި.

force

ފޯސް. ނ. 1. ބާރު. ގަދަކަން. ގަދައަށްލާ ހިތްވަރު. 2. (ސައިންސްގައި) އެއްޗެއް އޮތްތަނުން ގުޑުވާލުމަށް ލާ ޖެހޭ ބާރުގެ ބޮޑުމިން. 3. ސިފައިންގެ ނުވަތަ ފުލުހުންގެ ޖަމާޢަތެއް. 4. ކަމެއް ކުރުމަށް އިންތިޒާމުކުރެވިފައިވާ މީހުންގެ ޖަމާޢަތެއް. މ. labour force. 5. މަޖުބޫރުކަން. 6. ޤާނޫނީ ގޮތުން ކަމެއް ކުރަން ޖެހޭ ޖެހުން. ގަވާއިދެއް ހިނގަންފަށާ ފެށުން. މ. the law comes into force next week ޤާނޫނުގެ ބާރު ހިނގަން ފަށަނީ އަންނަ ހަފުތާއިންނެވެ. —ކ. 1. މަޖުބޫރުކުރުވުން. ގަދަކަމުން ކަމެއް ކުރުވުން. 2. ކަމެއް ކުރުމަށް، އެއްޗެއް ހަލާކުކޮށްލުމަށް ބާރު ބޭނުން ކުރުން. މ. forced the lock ތަޅު ހަލާކުކޮށްލައިގެން ހުޅުވުން. 3. ކަމެއް ކުރުމަށް ނޭކަށޭނެ ހިތްވަރެއްލުން. 4. ރޭވުމަކުން މީހަކު ލައްވާ ކަމެއް ކުރުވުން. މ. force a card on someone މީހަކު ލައްވާ ތާސްބައިގެ ވަކި ގަޑެއް ނަގަން ޖެހޭ ގޮތް މަކަރަކުން ހެދުން. 5. ގަދަކަމުން، މަސައްކަތުން ކަމެއްކުރުން. މ. forced a smile ގަކަމުން ހިނިތުންވުން. 6. ގަސްތަކުގައި މައު ނުވަތަ މޭވާ އަޅާގޮތް، އަޞްލު އަޅާ ދުވަސްވަރަށް ވުރެ ކުރިން ހެދުން (މ. ތަފާތު ބޭސްޖަހައިގެން). force a person’s hand މީހަކަށް ކަމެއް ކުރަން މަޖުބޫރުކުރުން. forced march ދިގު ރާސްތާއެއްގައި ވަރަށް ހިތްވަރުން ގަދަކަމުން ކުރުވާ މާޗު. forced landing އިމަރޖެންސީއެއްގައި މަތިންދާ ބޯޓެއް ޖައްސާ ޖެއްސުން. (މި ޢިބާރާތުގެ ކަމަކީ forced-land). forced the issue ކަމަކާ މެދު ގޮތެއް ނިންމުމަށް މަޖުބޫރުކުރުވުން. force the pace ދުވުން ފަދަ ކުޅިވަރެއްގައި، ބާރަށް މީހަކު ދުވެގެން އެހެން މީހުން އޭނާއާ އެއްވަރުކުރަން ޖެހޭގޮތް ހަދައި އެމީހުން ވަރުބަލިކޮށްލުން.

force-feed

ފޯސްފީޑް. ކ. (force-fed, force-feeding) މީހަކަށް (މ. ގައިދީއަކަށް) ގަދަކަމުން ކާންދިނުން.

forceful

ފޯސްފުލް. ނއ. ގަދަ. ނަތީޖާ ރަނގަޅު. ބާރުގަދަ. ކއ. forcefully. ނ. forcefulness.

forcemeat

ފޯސްމީޓް. ނ. އެކި އެއްޗިއްސަށް އެޅުމަށް ބޭނުންކުރާ ހަވާދުލީ މުގުރި ގެރިމަސް.

forceps

ފޯސެޕްސް. ނ. އެއްޗެތީގައި ހިފުމަށް ސާޖަނުންނާއި ދަތުގެ ޑޮކްޓަރުން ގެންގުޅޭ ގިނަފަތި ވައްތަރަށް އޮންނަ އާލަތެއް. ޢަރަބި ބަހުން މަލްޤަޠު.

forcible

ފޯސިބްލް. ނއ. ގަދަކަމުން ކުރުވާ. ބާރުން ކުރުވާ. ކއ. forcibly.

ford

ފޯޑް. ނ. ކޯރެއް ހިނގާފައި ހުރަސްކުރެވޭ ފަދަ ތިލަ ހިސާބެއް. —ކ. ތިލަ ހިސާބަކުން ކޯރެއް ހުރަސްކުރުން.

fordable

ފޯޑަބްލް. ކއ. ތިލަކަމުން ފަސޭހައިން ހުރަސްކުރެވޭ.

fore

ފޯ. ނއ. ކުރިމަތީގައިވާ. —ކއ. ކުރިމަތީގައި، ކުރިމައްޗަށް. —ނ. އެއްޗެއްގެ ކުރިމަތި ފަރާތް. —(ކުއްލިއަކަށް ބުނާ ލަފުޒެއް) ގޮލްޕު ބޯޅައަކުން ޖެހިދާނެތީ ކުރިމަތީގައި ހުރި މީހެއްގެ ސަމާލުކަން ހޯދަން ގޮވާ ގޮވުމެއް. fore-and-aft ނއ. (ރިޔަލާމެދު) އޮޑިއެއްގެ ދިގަށް ދަމާ. ދިވެހި ދޯނީގައި ހުންނަ ފަދައިން މި ބާވަތުގެ ރިޔާ ހުންނާނީ ފަށަނާ ފާޓުހަމަކޮށެވެ. ހަތަރެސްކަން ރިޔަލަކީ ފަށަނާ ހުރަހަށް ހުންނަ ރިޔަލެވެ. އެފަދަ ރިޔަލުން ވަޔަށް ދަތުރުކުރަން ދަތިވާނެއެވެ. to the fore އެއްޗެއްގެ ކުރިމައްޗަށް. ފާހަގަވާގޮތަށް. ހާމަކަން ބޮޑުކޮށް.

forearm

ފޯއާމް. ނ. އުޅަބޮށިން ކުޑަހުޅާ ހަމައަށް ނުވަތަ އިނގިލި ކުރިއަށް ހުންނަ ބައި.

forearm

ފޯއާމް. ކ. ކުރިމަތިވެދާނެ ނުރައްކަލަށް ކުރިމަތިލުމަށް ކުރިން ތައްޔާރުވުން.

forebears

ފޯބެއާރޒް. ނ. ކާބަފައިން.

forebode

ފޯބޯޑް. ކ. ކުރިމަތިވެދާނެ ދެރަގޮތެއް ކުރިން އަންގައިދޭ ކަމަކަށްވުން، އަލާމަތަކަށްވުން. މ. Such dark clouds forebode a storm. އެފަދަ ކަޅު ވިލާތައް އަންގައިދެނީ ޠޫފާނެއް އަންނަކަމެވެ. ނ. foreboding. އުނދަގުލެއް، މުސީބާތެއް އަންނަ ކަމުގެ އިޙްސާސް.

forecast

ފޯކާސްޓް. ކ. (forecast, forecasting) [ވާނެކަމެއް އެކަންވުމުގެ] ކުރިން ބުނުން. (ސ) އަނާވެކިޔުން. —ނ. ވެދާނެގޮތް ކުރިން އަންގާ ބަޔާނެއް.

forecastle

ފޯކްސަލް. ނ. އިހުގައި ބޯޓުފަހަރުގެ ކުރީގައި ހުންނަ ބައެއް. ފަޅުވެރީން ނިދަނީ މިބައިގައެވެ.

foreclose

ފޯކްލޯޒް. ނ. 1. (ގެއެއް ފަދަ ތަނެއް މޯގިޖްކޮށްގެން ފައިސާ ދޫކުރާ ކުންފުންޏަކާ މެދު). ލޯނު ނުދެއްކުމާ ގުޅިގެން ގޯތިގެދޮރުގެ މިލްކުވެރިކަން ލިބިގަތުން. 2. ކޮންމެވެސް މަންފާއަކުން، އިނާޔަތަކުން މަޙްރޫމްކުރުން. ނ. foreclosure.

forecourt

ފޯކޯޓް. ނ. 1. އިމާރާތެއްގެ ކުރިމަތީގައި އޮންނަ ހުސްތަން. އިމާރާތްތަކެއްގެ ބޭރުގައިވާ ހުސްޖާގަ. 2. ޕެޓްރޯލް ވިއްކާ ފިހާރައެއްގައި ޕެޓްރޯލް ޕަންޕު ހުންނަ ސަރަޙައްދު.

forefathers

ފޯފާދަރސް. ނ. ކާބަފައިން. އަޖުދާދުން.

forefinger

ފޯފިންގަރ. ނ. ޝަހާދަތް އިނގިލި. ބޮޑުވާ އިންގިއްޔާ ޖެހިގެންވާ އިނގިލި.

forefoot

ފޯފުޓް. ނ. (ގިނަ ނަމަ forefeet) ޖަނަވާރެއްގެ ކުރީ ފައެއް.

forefront

ފޯފްރޮންޓް. ނ. އެންމެ ކުރި. (މ. ސަފެއްގެ، މާލަމެއްގެ).

foregoing

ފޯގޮއިން. ނއ. ކުރިން ބަޔާންކޮށްފައިވާ. ކަމެއްގެ ކުރިއަށް.

foregone conclusion

ފޯގޯން ކޮންކްލޫޜަން. ވާނެކަން ޔަޤީންވާ ކަމެއް. ނުކުންނާނެކަން ކަށަވަރު ނަތީޖާއެއް.

foreground

ފޯގްރައުންޑް. ނ. 1. މަންޒަރެއް ނުވަތަ ތަސްވީރެއްގެ ބަލާ މީހަކާ އެންމެ ގާތުގައިވާ ބައި. 2. އެންމެ ބޮޑަށް ފާހަގަކުރެވޭ ސަރަޙައްދު، ތަން.

forehand

ފޯހޭންޑް. ނއ. 1. (ޓެނިހުގައި ބޯޅަ ޖަހާ ޖެހުމަށް ނިސްބަތްކޮށް) ރެކެޓްގައި ހިފާގޮތުން އަތުގެ ބަނޑުދަށް ކުރިއަށް އޮންނަ ގޮތަށް ހިފާ. 2. މިގޮތަށް ޖެހިމީހާ ކޯޓުގައި ހުރި ފަރާތަށް ނިސްބަތްވާ. —ނ. މިފަދަ ޖެހުމެއް.

forehead

ފޯހެޑް. ފޮރިޑް. ނ. ލޮލުން މަތީގައިވާ ބޮލުގެ ބައި. ނިތްކުރި.

foreign

ފޮރިން. ނއ. 1. މީހެއްގެ އަމިއްލަ ޤައުމަށް ނިސްބަތް ނުވާ. ބިދޭސީ. ޚާރިޖީ. ފުރައްދެ. އަޖުނަބީ. 2. އެހެން ޤައުމުތަކާ މުޢާމަލާތް ކުރާ، އެހެން ޤައުމުތައް ބައިވެރިވާ. މ. foreign affairs 3. ޤުދްރަތީ ގޮތުން ނުވަތަ ޠަބީޢީ ގޮތުން ނުހިމެނޭ. މ. jealousy is foreign to her nature އެކަނބުލޭގެ ޠަބީޢަތަކާ ހަސަދަވެރިކަމެއް ނުގުޅެއެވެ. 4. ބޭރަށް ނިސްބަތްވާ. މ. foreign body in the eye ލޮލުގައި ބޭރު އެއްޗެއް (ކުޑިކޮޅެއް) ވުން. Foreign Secretary އިނގިރޭސި ސަރުކާރުގައި ބޭރު ޤައުމުތަކާ މުޢާމަލާތް ކުރާ ވެރިމީހާ.

foreigner

ފޮރިނަރ. ނ. އެހެން ޤައުމެއްގައި ވިހޭ ނުވަތަ އެހެން ޤައުމަކުން އައި މީހެއް. ބިދޭސީއެއް.

foreknowledge

ފޯނޮލިޖް. ނ. ކަމެއް ވުމުގެ ކުރިން އެނގޭ އެކަމެއްގެ މަޢުލޫމާތު.

foreland

ފޯލޭންޑް. ނ. އުސްކޮށް ކަނޑަށް ނުކުމެފައިވާ ބިންގަނޑެއް.

foreleg

ފޯލެގް. ނ. ޖަނަވާރެއްގެ ކުރިމަތީ ފައެއް.

forelock

ފޯލޮކް. ނ. ނިތްކުރި މަތީގައިވާ އިސްތަށި. އަހުގެ ބޮލުގައި ނިތްކުރި މަތިން ހުންނަ އިސްތަށި.

foreman

ފޯމަން. ނ. 1. އެހެން މީހުން ލައްވާ މަސައްކަތް ކުރުވަން ހުންނަ މީހާ. ސަރުދާރު. 2. ޖޫރީންގެ ތެރެއިން އިސް މީހާ.

foremast

ފޯމާސްޓް. ނ. ރިޔާ ނެގި އޮޑިއެއްގައި އެންމެ ދިރުބާ ކޮޅާ ގާތުގައި ހުންނަ ކުނބު.

foremost

ފޯމޮއުސްޓް. ނއ. 1. ދަރަޖައިން ނުވަތަ ލަގަބުން އެންމެ ކުރީގައިވާ. 2. އެންމެ މުހިއްމު. —ނއ. އެންމެ ކުރީގައިވުން.

forename

ފޯނެއިމް. ނ. މީހެއްގެ ފުރަތަމަ ނަން.

forensic

ފޮރެންސިކް. ފަރަންސިކް. ނއ. 1. ކޯޓުތަކުގައި ބޭނުންކުރާ. 2. ޤާނޫނީ މައްސަލަތަކުގައި ސައިންސް ބޭނުންކުރުމާ ބެހޭ. forensic medicine ކުށުގެ ތަޙްޤީޤްގައި ބޭނުންކުރާ މެޑިކަލް ޢިލްމު.

foreordain

ފޯއޯޑެއިން. ނއ. ކުރިން ވާނެކަމަށް ކަނޑައެޅިފައިވާ. މ. it was foreordained by God.

forerunner

ފޯރަނަރ. ނ. އެއްޗެއްގެ ކުރިން އަންނަ އެއްޗެއް ނުވަތަ ކަމެއް. މިކަމުން އެ ފަހުން އަންނަ އެއްޗަކަށް އިޝާރާތް ކުރެއެވެ. މ. މި ނުތަނަވަސްކަމަކީ ރޯގާ ގެ ފޯރަނަރ އެކެވެ = ރޯގާ ޖެހެން އުޅޭކަމުގެ އަލާމާތެކެވެ.

foresee

ފޯސީ. ކ. (foresaw, foreseen, foreseeing) ކަމެއް ވުމުގެ ކުރިން އެކަން ވާނެކަމަށް ފެނުން ނުވަތަ ހީވުން.

foreseeable

ފޯސިއަބްލް. ނއ. ކުރިއަށް ބަލާއިރު ފެންނަން އޮތް ތަނުގައި. މ. foreseeable future ވާނެކަންކަން އަންދާޒާކުރެވޭ މުސްތަޤްބަލްގައި.

foreshadow

ފޯޝެޑޯ. ކ. ކަމެއް ވުމުގެ ކުރިން އެކަން ވާނެކަމުގެ އަލާމާތެއް ފެނުން. ވާންހުރި ކަމެއްގެ އިންޒާރަކަށް ވުން.

fore-sheets

ފޯޝީޓްސް. ނ. ރިޔަލު ދޯންޏެއްގެ ދިރުނބާކޮޅު.

foreshore

ފޯޝޯ. ނ. ދިޔަވަރު ބޮޑުވާއިރު އޮންނަ ވަރާއި ކުޑަވާއިރު އޮންނަ ވަރާ ދެމެދު. ގޮނޑު ދޮށުގައި، ބިންގަނޑާއި ފެނާ ދެމެދު ގަހާއި އިމާރާތް ނުހުންނަ ސަރަޙައްދު.

foreshorten

ފޯޝޯޓްން. ކ. ކުރުކުރުން. ޚާއްޞަކޮށް ކުރެހުމެއް ކުރަހާއިރު، ބައެއް ރޮނގުތައް ކުރުކޮށްގެން ދުރުގައިވާ ކަމަށް ފެންނަގޮތް ހެދުން.

foresight

ފޯސައިޓް. ނ. މުސްތަޤްބަލް ހިތަށް ފެނި އަންނާނޭ ކަންކަމަށް ތައްޔާރުވުމުގެ ބުއްދި.

foreskin

ފޯސްކިން. ނ. ފިރިހެން ގުނަވަނުގެ ކުރީގައި ދޫކޮށް ވާ ތުނި މަސް.

forest

ފޮރަސްޓް. ނ. ގަސް ހެދިފައިވާ ބޮޑު ސަރަޙައްދެއް. ވައު. ޖަންގަލި. ނއ. forested ގަސްތަކާއި ވައު ހެދިފައިވާ.

forestall

ފޯސްޓޯލް. ނ. ކުރިން ޙަރަކާތްތަކެއް ކޮށްގެން މީހެއްގެ ރޭވުން ފޭލިކޮށްލުން. އެކަން އޭނާ ކުރިޔަ ނުދިނުން. މީހެއްގެ ކަމެއް ހުއްޓުވުން.

forestay

ފޯސްޓޭ. ނ. އޮޑިއެއްގެ ކުނބަކުން ޑެކް އަށް ހިފާ ގަދަ ވަލެއް. ހަންޖާ. ސަވާ.

forester

ފޮރަސްޓަރ. ނ. ލަކުޑިއަށް ގަސްހެއްދުމުގައި އުޅޭ މީހެއް. ޖައްގައްޔެއް ބަލަހައްޓާ މީހެއް.

forestry

ފޮރަސްޓްރީ. ނ. ޖަންގަލި އިންދައި ބެލެހެއްޓުމުގެ ޢިލްމު.

foretaste

ފޯޓެއިސްޓް. ނ. ކަމެއް ވުމުގެ ކުރިން އެކަމާ ބެހޭ ގޮތުން ކުރެވޭ ތަޖުރިބާ.

foretell

ފޯޓެލް. ކ. (foretold, foretelling) ކަމެއް ވުމުގެ ކުރިން އެކަމެއް ވާނެކަން ކުރިން ބަޔާންކުރުން. ޖަޕާނު ބަހުން ޔޮސޮކުކުރުން. ތުރުކީ ބަހުން ތަހުމީނުކުރުން. (ސ) އަނާވެކި.

forethought

ފޯތޯޓް. ނ. މުސްތަޤްބަލަށްޓަކައި ކުރާ ވިސްނުންތެރި ފިކުރާއި ރޭވުން.

forever

ފޮރެވަރ. ކއ. އެމެރިކާގެ ބަހުރުވައިގައި ތާއަބަދަށް.

forewarn

ފޯވޯން. ކ. ކަމެއް ވުމުގެ ކުރިން އެކަން ވެދާނެކަމަށް އިންޒާރުކުރުން.

forewoman

ފޯވުމަން. ނ. 1. އަންހެން ޖަމާޢަތެއްގެ މީހުން ކަންކަން ކުރާގޮތް ބަލައި މަގުދައްކަން ހުންނަ އަންހެން ސަރުދާރު. 2. ޖޫރީންތަކެއްގެ އަންހެން ވެރިޔާ/ރައީސް.

foreword

ފޯވާރޑް. ނ. ފޮތެއްގެ ކުރީގައި ހިމަނާ އެ ފޮތް ލިޔުނު މީހާ ނޫން އެހެން މީހެއްގެ ބަޔާނެއް. އިސްބަސް.

forfeit

ފޯފިޓް. ނ. އުސޫލަކަށް ނުވަތަ ގަވާއިދަކަށް އަމަލުނުކުރުމުގެ ސަބަބުން ވާ ޖޫރުމަނާ ނުވަތަ ގެއްލޭ ޙައްޤު ނުވަތަ ޢިނާޔަތް. —ނއ. މިކަމާ ގުޅޭ ފައިސާ ނުވަތަ ޙައްޤު. —ކ. މިގޮތުގެ މަތިން ފައިސާ ދިނުން ނުވަތަ ޙައްޤެއް/އިނާޔަތެއް ދޫކޮށްލުން.

forfeiture

ފޯފިޗަރ. ނ. ފޯފިޓްގެ ޢަމަލު. ކަމެއް ނުކޮށްގެން ޤާނޫނީ ގޮތުން ގެއްލޭ ޙައްޤުތަކާއި އިނާޔަތްތަކާއި ފައިސާ އާއި އެހެނިހެން ކަންކަން.

forgather

ފޯގެދަރ. ކ. މަޖިލިހަކަށް ނުވަތަ ޖަލްސާއަކަށް އެއްވުން. މ. Members are planning to forgather in the island for their holidays.

forge

ފޯޖް. ކ. ގަދަ މަސައްކަތުން ކުރިއެރުން. މ. forged ahead.

forge

ފޯޖް. ނ. 1. ދަގަނޑުގެ މަސައްކަތް ކުރުމަށް، ދަގަނޑު ހޫނުކުރާ އުނދުނަކާއި ތަޅަންގެންގުޅޭ ސާމާނު ހުންނަ ތަނެއް. ކަނބުރުގެ. ތިލޭރުގެ. ޚާއްޞަކޮށް އަހުގެ ފައިދަށުގައި ދަގަނޑު “ފައިވާން” އަޅާގެ. 2. ދަގަނޑާއި އެހެން މަޢުދަންތައް ދިޔާކޮށް ހެދުމަށް ބޭނުންވާ އުނދުން. މި ހުންނަ ތަން. —ކ. 1. މަޢުދަން އެއްޗެއް ހޫނުކޮށްގެން ތަޅައި ބައްޓަންކުރުން. 2. މީހުންނަށް އޮޅުވާލައި ވިއްކާލުމުގެ ބޭނުމުގައި، އެހެން އެއްޗަކާ ވައްތަރަށް އެއްޗެއް ހެދުން. ނ. forger.

forgery

ފޯޖަރީ. ނ. 1. އޮޅުވާލުމުގެ ބޭނުމުގައި ކޮޕީކުރާކުރުން. 2. ކޮޕީކޮށްފައިވާ އެއްޗެއް.

forget

ފޮގެޓް. ކ. (forgot, forgotten, forgetting) 1. ހަނދާން ނެތުން. 2. ކަމެއް ހިތުން ފުހެލުން. މ. decided to forget our quarrels. forget oneself އެކަށީގެންވާ ސުލޫކާ އެއްގޮތަށް ބައެއްގެ ތެރޭގައި ނުއުޅުން.

forgetful

ފޮގެޓްފުލް. ނއ. ފަސޭހައިން ހަނދާން ނެތޭ. (ޢ) ނިސްޔާން.

forget-me-not

ފޮގެޓް-މީ-ނޮޓް. ނ. ކުދި ނޫކުލައިގެ މައުތަކެއް އަޅާ ގަހެއް.

forgive

ފޯގިވް. ކ. (forgave, forgiven, forgiving) ކަމަކާ ނުވަތަ މީހަކާ ދޭތެރޭ އައިސްފައިވާ ރުޅި ނުވަތަ ނަފްރަތު ނިމުމަކަށް ގެނައުން. މަޢާފުކުރުން. (ސ) ސަމާވަކުރުން. ނ. forgiveness.

forgo

ފޯގޮއު. ކ. އުފާލިބޭ ކަހަލަ ކަމެއް ކުރުމުން އެއްފަރާތްވުން. ކުރާހިތްވާ ކަމެއް ނުކުރުން.

fork

ފޯކް. ނ. 1. ކެއްކުމާއި ކެއުމުގައި ބޭނުންކުރާ ދެ ނުވަތަ އެއަށް ވުރެ ގިނަ ތޫނު އޫ ތަކެއް ހުންނަ އާލަތެއް. 2. ކޮނުމާއި ތަކެތި އުފުލުމުގައި ދަނޑުގައި ބޭނުންކުރާ މިފަދަ ބޮޑު އެއްޗެއް. 3. މި ސިފައަށް އޮންނަ އެއްޗެއް. 4. ދެކަފި ނުވަތަ އެތައް ކަފިވާ ތަނެއް މ. މަގެއްގެ. މިއިން ކަތްޕެއް. —ކ. 1. މިފަދަ އެއްޗަކުން ތަކެތި އުފުލުން ނުވަތަ ކޮނުން. 2. (އެއްޗަކާމެދު ނުވަތަ މަގަކާ މެދު) ދެ ކަފިވުން. 3. (މީހަކާ މެދު) ކަފިވީ މަގަކުން ދިޔުން. މ. fork left. fork out ނުރަސްމީ ބަހުރުވައިން ދިނުން، ފައިސާ ދެއްކުން.

fork-lift truck

ފޯކްލިފްޓް ޓްރަކް. ނ. އުލެއް ފަދަ ދެ ދަތްލީ ބައެއް ހަރުކޮށްފައި ހުންނަ ލޮރީއެއް.

forlorn

ފޯލޯން. ނއ. އެކަނިވެރިވެ އަދި މޮޅިވެރިކަމުގައި. (ޢ) ބާއިސް. ކއ. forlornly. forlorn hope އެންމެ ފަހުން އޮތް އެންމެ ކުޑަ އުއްމީދު.

form

ފޯމް. ނ. 1. އެއްޗެއްގެ ބައްޓަން. އެއްޗެއް ބޭރުން ފެންނަ ގޮތް ނުވަތަ ހުންނަ ގޮތް. 2. އެއްޗެއްގެ ސިފަ. އެ އުފެދިފައިވާ ގޮތް. 3. އޭގައި އަތްލައި ބަލާއިރު ޖަނަވާރެއް ނުވަތަ މީހެއް ހުންނަ ބާވަތް/ގޮތް/ވައްތަރު. 4. އެއްޗެއް ވާ (ވުޖޫދުވެގެން ވާ) ގޮތް/ވައްތަރު. މ. ice is a form of water ގަޑުފެނަކީ ފެނުގެ ވައްތަރެކެވެ. 5. މަދަރުސާއެއްގެ ކިލާހެއް. މ. ފޯމް 5 ކުދިން. 6. ކަމެއް ޢާއްމުކޮށް ކުރަންޖެހޭ ގޮތް. ރަސްމިއްޔާތެއް. ރަސްމިއްޔާތެއްގައި ބޭނުންކުރާ ޢިބާރާތްތައް. 7. ލިޔާނެ ހުސް ޖާގަ ދޫކޮށް، މީހާ އެތަންތަން މަޢުލޫމާތުން ފުރަން ޖެހޭ ފަތެއް ނުވަތަ ފޯމެއް. 8. (އަހަކާ ނުވަތަ ދުވުންތެރިޔަކާ މެދު) ޞިއްޙީ ޙާލަތާއި ތަމްރީނުގެ ފެންވަރު. މ. in good form ރޭސްޖެހޭ ފަދަ ނުވަތަ ކުޅޭވޭ ފަދަ ޙާލަތެއްގައި. (މީހަކާ މެދު) އުފާވެރި ރަނގަޅު ރޫޙެއްގައި. 9. ކުރީ ރޭސްތަކުގެ ނުވަތަ ކަންކަމުގެ ތަފްސީލު. މ. study form before betting = އަސްރޭހުން މޮޅުވާނެ އެއްޗަކަށް ފައިސާއިން ޖުވާކުޅޭއިރު، އަސް ކުރިން ދުވި ރޭސްތަކުގެ ނަތީޖާތައް ދިރާސާ ކުރާށެވެ. 10. (ނުރަސްމީ ބަހުރުވައިން) ކުށްވެރިއެއްގެ ރެކޯޑު. މ. has he got form? އޭނާ ކުރިން ކުށްވެރިވެ އެކަމުގެ ރެކޯޑެއް އޮވޭ ހެއްޔެވެ؟ 11. އިށީންނަ ދިގު ގޮނޑި. 12. މުސަޅެއްގެ ހޮރު. —ކ. 1. ބައްޓަންކުރުން. ސިފަ ގެނައުން. އުފެއްދުން، ހެދުން، ތައްގަނޑަށް އެޅުން. 2. ވުޖޫދުކުރުން. އެކުލަވައިލުން. މ. form a committee ކޮމިޓީއެއް އުފައްދާށެވެ. 3. އެއްޗަކަށް ސިފައައުން. އެއްޗެއް ހަރުވުން. މ. ice formed ފެން ގަނޑުވެއްޖެ އެވެ. 4. ފިކުރުގައި އުފެއްދުން. މ. formed a plan ރޭވުމެއް އެކުލަވައިލައިފި އެވެ. formed a habit އާދައެއް ހަރުލައިފިއެވެ. 5. ވަކި ބައްޓަމަކަށް އެއްޗެތި ތަކެއް ތަރުތީބުކުރުން.

formal

ފޯމަލް. ނއ. 1. މީހުން ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކާއި އާދަކާދަ ފަދަ ކަންކަމާ އެއްގޮތަށް. ރަސްމީ. ސަމާސާއަށް އަދި މާރައްޓެހިވީމާ ކަންކުރާ ގޮތަކަށް ނޫން. މ. formal greeting ރަސްމީ ގޮތަކަށް އާދަކާދައާ އެއްގޮތަށް ސަލާންކުރުން/މަރުހަބާ ކިޔުން. 2. ހަމަ އެކަނި ބޭރުން ފެންނަ ފެނުމުގައި. މ. only a formal resemblance. 3. ފަރުމާކުރުމުގައި ވަޑިފަތި ކަންކަނާއި ވަށްބުރުގެ ބައިތައް ހިމެނޭ. formal garden.

formaldehyde

ފޯމަލްޑިހައިޑް. ނ. ކުލަނެތް ގޭހެއް. މި، ދިޔައިގެ ގޮތުގައި ބޭނުންކުރަނީ ގިނަ ދުވަހަށް ދިރުން ހުރި ތަކެތި އޭގެ ތެރޭގައި ކުނިނުވެ ބެހެއްޓުމަށާއި ޖަރާސީމު މެރުމަށެވެ.

formality

ފޯމަލަޓީ. ނ. 1. އުޅުމާއި ގުޅުންތަކުގެ ހަމަތައް ރަނގަޅަށް ހިފަހައްޓާ ހިފެހެއްޓުން. މިފަދަ ހަމަތައް. 2. އާދަކާދަ މަތިން ނުވަތަ އުސޫލަކުން ކުރާ ޢަމަލެއް. ރަސްމިއްޔާތެއް. ޤާނޫނަކުން ނުވަތަ އެހެންވެސް އުސޫލަކުން ކަމެއް ކުރަން އޮންނަ ގޮތް. މ. it is just a formality އެއީ ހަމަ ގަވާއިދަކަށް ތަބާވާން ކުރާ ކަމެއް.

formalize

ފޯމަލައިޒް. ކ. ކަމެއް ރަސްމީ ކުރުން. ރަސްމީގޮތަކަށް، އެކަމެއް ކުރަން އޮންނަ ގޮތަށް ކުރުން. ނ. formalization.

format

ފޯމެޓް. ނ. 1. ފޮތެއް ފަދަ އެއްޗެއްގެ ސައިޒާއި ބައްޓަން ފަދަ ސިފަތައް. 2. އެއްޗެއް ހުރި ފޭޑި ނުވަތަ ގޮތްގަޑު. 3. ކަމެއް ކުރުމަށް، މ. ކޮމްޕިއުޓަރުގައި ތަކެތި ރައްކާކުރާއިރު، އެއްޗެއްގެ ސިފައަށް، ފޭޑިއަށް ގެންނަ ބަދަލު. —ކ. (formatted, formatting) ކޮމްޕިއުޓަރުގެ ބޭނުމަށް ނުވަތަ ކޮމްޕިއުޓަރުން ކަމެއް ކުރާއިރު، ޑޭޓާ ފަދަ އެއްޗެއްގެ އަޞްލު ނުގެއްލޭގޮތަށް އެއަށް ބަދަލު ގެނައުން. ނ. formatter.

formation

ފޯމެއިޝަން. ފޯމޭޝަން. ނ. 1. އެއްޗެއްގެ ނުވަތަ ކަމެއްގެ ސިފަ ނުވަތަ ބައްޓަން ޖެހޭ ޖެހުން. 2. އުފެދި ބައްޓަންވި އެއްޗެއް. 3. ވަކި ތަރުތީބަކުން ވަކި ގޮތަކަށް އުފެދިފައިވާ އެއްޗެއް.

formative

ފޯމެޓިވް. ނއ. ކަމެއްގެ ސިފަ ޖެހުމަށް އަސަރުކުރާ. އެއްޗެއް އުފެދި ބައްޓަންކުރާ ދުވަސްވަރަށް ނިސްބަތްވާ. ތަކުވީނީ. a child’s formative years ކުއްޖެއްގެ ޠަބީއަތް އުފެދި ސިފަޖެހެމުންދާ ދުވަސްވަރު.

former

ފޯމަރ. ނއ. 1. ކުރީގެ ދުވަސްވަރެއް ނުވަތަ މުއްދަތެއް. މ. in former times. 2. އެހެން އެއްޗެއް ބަޔާންކުރުމުގެ ކުރިން ބުނެފައިވާ އެތި ނުވަތަ ކަން. the former ދެ ކަމެއް ނުވަތަ އެއްޗެއް ބަޔާންކުރިއިރު ކުރިން ބުނެވުނު އެތި ނުވަތަ ކަން. {ތިނެތީގެ ވާހަކަ ބަޔާންކޮށްފައިވާ ނަމަ، ބޭނުންކުރާނީ the first}

formerly

ފޯމަލީ. ނއ. ކުރީ ދުވަސްވަރު. އިހުގައި. ކުރިން.

Formica

ފޯމައިކާ. ނ. ލަކުޑިން ހަދާ ތަކެތީގެ މަތީގައި ޖަހާ ތުނި ޕްލާސްޓިކް ފަށަލައެއް. މި ނަމަކީ ވިޔަފާރީގެ މަރުކާއެއް.

formic acid

ފޯމިކް އެސިޑް. ނ. ހިނިން އުފައްދާ ކުލަނެތް ހުތެއް. މި ޖެހޭ ތަންތަނުން ދިލަނަގާނެއެވެ.

formidable

ފޯމިޑަބްލް. ނއ. 1. ބިރާއި ހައިރާންކަން އުފައްދާ. 2. ކާމިޔާބުކުރުމަށް އުނދަގޫ. ކުރަން އުނދަގޫ. މ. a formidable task. ކއ. formidably.

formless

ފޯމްލަސް. ނއ. ފާހަގަކުރެވޭ ބައްޓަމެއް ސިފައެއް ނެތް.

formula

ފޯމިޔުލާ. ނ. 1. ރަސްމިއްޔާތު ތަކުގައި ބޭނުންކުރާ ކަމަކަށް ކަނޑައެޅިފައިވާ ޢިބާރާތްތަކެއް. 2. އެއްޗެއް ހެދުމަށް ބޭނުންވާ ތަކެތީގެ ލިސްޓް. މ. diplomats are seeking a formula = ޞުލްޙަނާމާއެއް ފަދަ މުޢާހަދާއެއް އެކުލަވައިލުމަށް އެންމެން އެއްބަސްވާ ޢިބާރާތްތަކެއް ޑިޕްލޮމެޓުން ހޯދަމުން ދަނީއެވެ. 3. އެއްޗެއްގައި ހިމެނޭ އުންސުރުތައް ބަޔާންކުރާ ރަމްޒުތަކެއް. 4. ރަމްޒުތަކަކުން ލިޔެފައިވާ ހިސާބުގެ ޖުމުލައެއް. 5. އިންޖީނުގެ ބޮޑުމިނުން ރޭސްޖަހާ ކާރު ގިންތިކުރާ ކުރުން.

formulate

ފޯމިއުލެއިޓް. ކ. ރޭވުމެއްގެ ތަފްޞީލުތައް އެކުލަވައިލުން. ބަރާބަރަށް ސާފުކޮށް ބަޔާންކުރުން. ބައިތަކެއް އެއްކޮށްގެން އެއްޗެއް ރޭވުން، އެކުލަވައިލުން. ނ. formulation.

fornicate

ފޯނިކޭޓް. ކ. މީހަކާ ނުއިދެ ތިބޭ މީހުން ރުހުމުގައި ޒިނޭކުރުން. ނ. fornication, fornicator.

forsake

ފޯސެއިކް. ކ. (forsook, forsaken, forsaking) 1. ކަމެއް ކުރުން ނުވަތަ ކަމެއް ދޫކޮށްލުން. މ. forsaking their former way of life. 2. މީހަކު ނުވަތަ ބަޔަކު ތިމާ ބޭނުންވާ ދުވަސްވަރު، އެމީހުންނާ ތާ އަބަދަށް ވަކިވެގަތުން. މ. Do not forsake me

forswear

ފޯސްވެއަރ. ކ. (forswore, forsworn, forswearing) 1. ކަމެއް ނުކުރުމަށް ހަރުދަނާކޮށް ކަނޑައެޅުން. މ. he foreswore all violence.

forsythia

ފޯސައިތިއާ. ނ. ބަހާރު މޫސުމުގައި ރީނދޫ މަލެއް ފޮޅޭ ތިރިކޮށް ހެދޭ ގަހެއް.

fort

ފޯޓް. ނ. ދިފާޢުކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޢިމާރާތެއް ފަދަ ތަނެއް ނުވަތަ މަޤާމެއް. ކޯޓޭ. ކިއްލާ. ޙިޞްނު.

forte

ފޯޓެއި. ނ. މީހެއްގެ އެންމެ ގަދަ ހުނަރު. މީހެއްގެ ކިބައިގައި ހުންނަ ޚާއްޞަ ހުނަރެއް.

forte

ފޯޓި. ނއ. (މިޔުޒިކްގައި ބޭނުންކުރާ ލަފުޒެއް) އަޑުގަދަކޮށް.

forth

ފޯތް (ތ ސުކުން ކިޔާނީ ފިއްތި އަޑުން). ކއ. 1. ބޭރަށް. 2. ކުރިއަށް، ދުރަށް. މ. from this day forth. މިއަދުން ފެށިގެން ކުރިއަށް. and so forth މިގޮތަށް ކުރިއަށް. back and forth ފަހަތާއި ކުރިއަށް.

forthcoming

ފޯތްކަމިން. (ތ ސުކުން ކިޔާނީ ފިއްތި އަޑުން). ނއ. 1. އަންނަ،ފެންނަން ގާތް. forthcoming events އަންނަން ހުރި ހާދިސާތައް/ކަންކަން. 2. ބޭނުންވާ ވަގުތު ލިބެންހުރި. money was not forthcoming. 3. ނުރަސްމީ ބަހުރުވައިން ކަމެއްގެ ސިއްރުތައް/މަޢުލޫމާތު ކިޔައިދޭން ބޭނުންވާ. މ. the boy was not forthcoming.

forthright

ފޯތްރައިޓް. (ތ ސުކުން ކިޔާނީ ފިއްތި އަޑުން). ނއ. ސީދަލަށް ތެދަށް ވާހަކަ ދައްކާ. މަޢުލޫމާތު ނުފޮރުވާ.

forthwith

ފޯތްވިތް. (ތ ސުކުން ކިޔާނީ ފިއްތި އަޑުން). ކއ. ކަމަކާ ގުޅިގެން ލަސްނުކޮށް. ވަގުތުން. (ސ) ވަހާމަ.

fortieth

ފޯޓިއަތް. (ތ ސުކުން ކިޔާނީ ފިއްތި އަޑުން). ބަލާ forty.

fortification

ފޯޓިފިކެއިޝަން. 1. ދިފާޢީ ގޮތުން ނުވަތަ މޮޅުކުރުމުގެ ގޮތުން ކުރާ ކަމެއް. 2. ތަނެއް ދިފާޢުކުރަން ރާނާ ފާރެއް ނުވަތަ އިމާރާތެއް.

fortify

ފޯޓިފައި. ކ. (fortified, fortifying) 1. ތަނެއް ހަމަލާއަކުން ދިފާޢުކުރުމަށް ފާރުރާނައި މިފަދަ އެހެން ކަންތައްތައް ކޮށް ގަދަކުރުން. 2. އެއްޗެއްގެ ބާރު ގަދަކުރުން. މީހަކު ފިކުރީ ގޮތުން ނުވަތަ އަޚްލާޤީ ގޮތުން ބާރުގަދަކުރުން. 3. ކާނާއަށް (މ. ހިކިކިރަށް) ވިޓަމިން ފަދަ ތަކެތި އަޅައި އޭގެ ބާރު ގަދަކުރުން. ‘ވައިން’ ފަދަ އާދައިގެ ރަލަށް މަސްތުކަން ގަދަކުރަން އެލްކޮހޯލް އެޅުން.

fortissimo

ފޯޓިސިމޯ. ކއ. (މިޔުޒިކުގައި) ވަރަށް އަޑުގަދަކޮށް.

fortitude

ފޯޓިޓިއުޑް. ނ. ތުރާތަކާއި ތަދު ތަޙައްމަލްކުރަން ހުންނަ ކެތްތެރިކަން. ޞަބްރު.

fortnight

ފޯޓްނައިޓް. ނ. ދެ ހަފުތާގެ މުއްދަތު. ފޮއެ ދުވަސް. fortnightly ކއ. ނއ. ކޮންމެ ފޮއެ ދުވަހަކުން ވާ، ހިނގާ (ކަމެއް).

FORTRAN

ފޯޓްރާން. ނ. އިހުގައި ބޭނުންކުރި ސައިންސްގެ ޕްރޮގްރާމްތައް ލިޔާ ކޮމްޕިއުޓަރ ލޭންގްވިޖެއް.

fortress

ފޯޓްރަސް. ނ. ދިފާޢުކުރެވޭ ގޮތަށް ހަދައިފައިވާ ރަށެއް ނުވަތަ ޢިމާރާތެއް. ކިއްލާއެއް. ކޯޓޭއެއް.

fortuitous

ފޯޓިއުޓަސް. ނއ. އިއްތިފާޤުންވާ. އިންތިފާޤީ. މ. އެ ކުންފުނި ބަގުރޫޓުވުމަކީ މިކުންފުންޏަށް ލިބުނު ފޯޓިއުޓަސް ފުރުޞަތެކެވެ. ކއ. fortuitously.

fortunate

ފޯޗުނެޓް. ނއ. ނަސީބުވެރި. ކއ. fortunately.

fortune

ފޯޗުން. ފޯޗޫން. ނ. 1. މީހެއްގެ ޤިސްމަތު ނުވަތަ ނަސީބު ގެނުވާ ކަންކަން. 2. އިންސާނެއްގެ ކަންކަން ވަކިގޮތަކަށް ކަނޑައެޅުމަށް އިންތިފާޤުގެ ބާރު. ތަޤްދީރު. 3. ނަސީބު. ގިސްމަތު. (ސ) ވާސަނަވަ. 4. ކާމިޔާބު. ތަނަވަސްކަން. 5. ވަރަށް ގިނަ މުދައު. މާލު. fortune-teller މީހުންނަށް މުސްތަޤްބަލްގައި ވާނޭ ކަންކަން ކިޔައިދޭ މީހެއް. ކަހީނު. tell fortunes މުސްތަޤްބަލްގައި ވާނޭ ކަންކަން ކިޔައިދިނުން.

forty

ފޯޓީ. ނ. ނއ. ދިހައެއް ހަތަރާ ގުނަކުރުމުން އަންނަ ޢަދަދު. ސާޅީސް. ނ. ނއ. fortieth. forties ސާޅީހުގެ އަހަރުތައް. 40 އާއި 49 ގެ ދެމެދުގެ ފިނިހޫނުމިން. forty winks ކުޑަ އިރުކޮޅަކަށް ނިދާ ނިދުން.

forum

ފޯރަމް. ނ. ޖަލްސާކުރާ ނުވަތަ ރައްޔިތުންނާ މަޝްވަރާކުރާ ތަނެއް. ބާޒާރު، މައިދާން.

forward

ފޯވާރޑް. ނއ. 1. ކުރިމައްޗަށް މިސްރާބުކޮށްފައިވާ. ކުރިމަތީގައި. ކުރިއާ ދިމާއަށް. 2. މުސްތަޤްބަލަށް ނިސްބަތްކޮށް. މ. forward buying. 3. ރަނގަޅު ޙާލަތަކާ ދިމާއަށް. ޢާއްމު ވަރަށް ވުރެ ބޮޑަށް ކުރިއަރައިފައިވާ. 4. އުޅުމުގައި ނޭކަށޭނެ ވަރަށް ޖެހިލުން ކުޑަ. ޔަޤީންކަން ނޭކަށޭނެ މިންވަރަށް އޮތް. —ނ. 1. ހޮކީ، ފުޓުބޯޅަ ފަދަ ކުޅިވަރެއްގައި ކުރީގައި ހުންނަ ކުޅުންތެރިއެއް. މީނާގެ މަޤާމް. —ކއ. ކުރިން. ކުރިއާ ދިމާލުން. މުސްތަޤްބަލާ ދިމާއަށް. —ކ. 1. ސިޓީއެއް ފަދަ އެއްޗެއް އައު އެޑްރެހަކަށް ފޯރުކޮށްދިނުން. 2. މުދައު ކަސްޓަމަރަކަށް ފޮނުވުން. 3. (މ. މީހެއްގެ މަޞްލަޙަތު) ކުރިއެރުމަށް އެހީތެރިވުން. ނ. forwardness.

forwards

ފޯވާރޑްސް. ކއ. 1. ކުރިއާ ދިމާއަށް. ކުރިއެރުމަށްޓަކައި ކުރިއަށް. 2. ކުރިމަތި ކުރިއަށް ބަހައްޓައިގެން.

forwent

ފޯވެންޓް. ކ. ބަލާ forgo.

fosse

ފޮސް. ނ. ދިފާޢުކުރެވޭ ގޮތަށް ހަދައިފައިވާ ތަނެއްގައި ކޮނެފައިވާ ދިގު ކަންޒެއް.

fossick

ފޮސިކް. ކ. (އޮސްޓްރޭލިއާ އާއި ނިޔު ޒީލަންޑް ބަހުރުވައިން) ވަރަށް ބޮޑަށް އެއްޗެއް ފެނޭތޯ ހޯދުން.

fossil

ފޮސިލް. ނ. 1. ބިމުގައި ވަޅުލެވި މިހާރު ގަލަށް ވެފައިވާ މާކުރީގައި މަރުވެ ގޮސްފައިވާ ދިރުން ހުންނަ ގަހާއި ޖަނަވާރާއި މިފަދަ ތަކެތި. (ޢ) ހަފުރިޔާ. 2. މިހާރުގެ ޒަމާނީ ގޮތްތައް ޤަބޫލުކުރަން ދަތިވާ މީހެއް. fossil fuel މާކުރީގައި ދިރުން ހުރި ތަކެތީން އުފެދިފައިވާ ތެޔޮ، ބޯޓުދެލި ފަދަ ތަކެތި. (ޚާއްޞަކޮށް އިޢާދަކުރެވޭ ހަކަތަ އާއި ނިޔުކްލިއަރ ހަކަތަ އާ ތަފާތުކުރަން ބޭނުންކުރާ ލަފުޒެއް.)

fossilize

ފޮސިލައިޒް. ކ. ފޮސިލް އަކަށްވުން. މިހެން ވާގޮތް ހެދުން. ނ. fossilization.

foster

ފޮސްޓަރ. ކ. 1. އެއްޗެއް ބޮޑުވުން، ހެދި ބޮޑުވުން، ކުރިއެރުން، ތަރައްޤީވުން ފަދަ ކަމެއް ކުރުމަށް އެހީތެރިވުން. 2. (މ. އެހެން މީހެއްގެ ދަރިއެއް) ބަލައި ބޮޑުކުރުން. foster-brother, foster-child މިގޮތަށް ބޮޑުކޮށްފައިވާ މީހެއް. foster home ފޮސްޓަރ ކުރާ (ބަލައި ބޮޑުކުރާ) ކުއްޖަކު ބޮޑުވާ ގެ. foster-mother މިފަދަ ކުއްޖަކު ބަލައި ބޮޑުކުރާ އަންހެނާ.

fought

ފޯޓް. ބަލާ fight.

foul

ފައުލް. ނއ. 1. ނުބައި ވަސް ދުވާ، ނުވަތަ ނުބައި ރަހަލާ. ނުރުހުންތެރި ވެވޭ. 2. އަޚްލާޤީ ޤޮތުން ނަފްރަތު ކުރެވޭ. ނުބައިނުލަފާ. 3. (ވާހަކަ ދައްކާ ގޮތާ މެދު) ހަޑި ހުތުރު. 4. (މޫސުމާ މެދު) ޠޫފާނީ، ކަނޑުގަދަ. 5. (ފުރޭނި ފަދަ އެއްޗެއް) ބެދިފައި، ހަޑިވެފައި، ކުނިގިނަވެފައި. ފޮރިޖަހާފައި. 6. ލާމެހި އޮޅިފައި. ގޮއްޖެހިފައި. 7. އިންސާފުވެރިކަމެއް ނެތް. ކުޅިވަރުގެ ގަވާޢިދާ ޚިލާފު. —ނ. 1. ކުޅިވަރުގެ ގަވާއިދާ ޚިލާފު ޖެހުމެއް، ކުޅުމެއް. —ކ. 1. ހަޑިކުރުން. ހަޑިވުން. 2. ހިފެހެއްޓުން. އޮޅުންބޮޅުންކުރުން. 3. ކުޅިވަރެއްގައި ފައުލްކަމެއް ކުރުން. —ކއ. foully. foul-mouthed ނއ. ހަޑިހުތުރު ބަހުން ވާހަކަ ދައްކާ. foul play ކުޅިވަރެއްގައި ކުރާ ގަވާއިދާ ޚިލާފުކަމެއް. ޤަތުލު ފަދަ ނުބައި ނުލަފާ ކުށެއް.

foulard

ފޫލަރ. ފުލާރޑް. ނ. ފަށުވި ފަދަ އެއްޗަކުން ކަރުގައި އައްސާ ބުރުގާ ފަދަ ފޮތިކޮޅެއް. ކަރުގައި އަޅާ ޓައީ ފަހާ ފޮތި.

found

ފައުންޑް. ބަލާ find.

found

ފައުންޑް. ކ. 1. ޤާއިމްކުރުން. އުފެއްދުން. ވުޖޫދުކުރުން. މުއައްސަސާއެއް، ޖަމްޢިއްޔާއެއް ފެށުމަށް ފައިސާދިނުން. 2. ތަރަހައެއްގެ ގޮތުގައި ނުވަތަ ފެށުމެއްގެ ގޮތުގައި ބޭނުންކުރުން، ބިނާކުރުން. މ. މި ފިލްމު ފައުންޑް ކޮށްފައިވަނީ ޙަޤީޤީ ހާދިސާއަކަށެވެ. ނ. founder, foundress.

found

ފައުންޑް. ކ. 1. މަޢުދަން ފަދަ ތަކެތި ދިޔާކޮށް ތައްގަނޑަކަށް އެޅުން. ބިއްލޫރި ހެދުމަށް ބޭނުންވާ ސާމާނު ހޫނުކޮށް ބިއްލޫރިއަށް ހެދުން. 2. މިގޮތުން އެއްޗެއް ހެދުން. ނ. founder.

foundation

ފައުންޑެއިޝަން. ނ. 1. ޖަމްޢިއްޔާއެއް ފަދަ ތަނެއް ޤާއިމްކުރުން. 2. މިފަދަ ޖަމްޢިއްޔާ. ރަނގަޅުކަންކަމަށް ހޭދަކުރަން އެކުލަވައިލާފައިވާ ފަންޑެއް. 3. ޢިމާރާތެއް އާރާސްތުކުރަން އަޑީގައި ވަރުގަދަކޮށް ހަދާފައި ހުންނަ ތިރީބައި، ބިންގާ. ތަރަހަ. 4. މޭކަޕްކުރުމުގެ ގޮތުން ހަންގަނޑުގެ އެންމެ ތިރީގައި ލާ ކޮސްމެޓިކް. 5. އެއްޗެއް އޭގެ މައްޗަށް ބިނާވާ އެންމެ މުހިއްމު އަސާސްތައް ނުވަތަ ޚިޔާލުތައް. foundation garment ވަކި ބައްޓަމެއް ޖެއްސުމަށް އަންހެނުން އެންމެ އަޑިންލާ ހެދުމުގެ ބައެއް. founding-stone ޢިމާރާތެއް ކުރަން ފެށުމުގެ ގޮތުން، އިޙްތިފާލެއްގައި ފާރުގައި ހިމަނާ ގަލެއް.

founder

ފައުންޑަރ. ބަލާ found ގެ ފަހު ދެ މާނަ.

founder

ފައުންޑަރ. ކ. 1. ވެއްޓުން. 2. (އޮޑިއަކާ މެދު) ދިޔައިން ފުރި އަޑިއަށް ދިއުން. 3. މުޅިން ފޭލިވުން. މ. the plan foundered.

foundling

ފައުންޑްލިން. ނ. ބެލެނިވެރިން ނޭނގޭ، މަގު މައްޗަށް ދޫކޮށްލާފައިވާ ކުއްޖެއް.

foundry

ފައުންޑްރީ. ނ. ބިއްލޫރި ނުވަތަ މަޢުދަން ވިރުވައިގެން ތަކެތި ހަދާ ވާރކްޝޮޕެއް ނުވަތަ ކާރުޚާނާއެއް.

fount

ފައުންޓް. ނ. 1. އެއްޗެއް އުފެދިގެން އަންނަތައް. 2. އާރެއް، ފެންއަރުވާ ވަޑާމެއް. 2. އެއް ސައިޒަކާއި ސްޓައިލެއްގެ ޗާޕުކުރާ އަކުރު ސެޓެއް.

fountain

ފައުންޓިން. ނ. 1. ބިމުގެ އަޑިން ފެން އަރާ ތަން. އާރު. ރަބަޢު. ފެން މައްޗަށް އަރުވާ އެއްޗެއް. ފެން އަރުވާ ވަޑާމެއް. ފެންވާރު. ނާފޫރާ. 2. ޢާއްމުންނަށް ބޯފެން ލިބޭގޮތަށް ހަދައިފައިވާ ތަނެއް. fountain-pen ދެލި އަޅާ ގަލަން.

four

ފޯ. ނ. ނއ. ތިނަކަށް ވުރެ އެކެއް ގިނަ. ހަތަރެއް. ހަތަރު ފަލި ޖަހާ ބޮއްކުރާ. four figures ހަތަރު އަކުރުގެ ޢަދަދެއް. four-letter word ހަތަރު އިނގިރޭސި އަކުރު ހިމެނޭ ތަހުޒީބު މީހުން ބޭނުން ނުކުރާ ލަފުޒު. four-poster ނ. މަދިރިގެއެއް، ސަނދުވާއެއް ފަދަ އެއްޗެއް އެލުވޭ ގޮތަށް އުސްކޮށް ހަތަރު ފައި ހުންނަ އެނދު. four-square ގަދައަށް ހަރުލާފައި، ނުގުޑާ. ކއ. ނުގުޑާ ގޮތަށް. four-wheel އެއްގަމު އުޅަނދެއްގެ ހަތަރު ފުރޮޅު. މ. އިންޖީނުގެ ބާރު ހަތަރު ފުރޮޅާ ގުޅާފައި ހުންނަ ނަމަ ކިޔާނީ four-wheel drive.

fourfold

ފޯފޯލްޑް. ފޯފޮއުލްޑް. ނއ. ކއ. 1. ހަތަރު ގުނައަށް. 2. ހަތަރު ބައި ހިމެނޭ.

foursome

ފޯސަމް. ނ. 1. ހަތަރު މީހުންގެ ޖަމާޢަތެއް. 2. ދެ ޖޯޑު ހިމެނޭ ގޮލްފު ކުޅި.

fourteen

ފޯޓީން. ނއ. ނ. ތޭރައަށް ވުރެ އެކެއް ގިނަ. ސާދަ. ނ. ނއ. fourteenth.

fourth

ފޯތް. (ތ ކިޔާނީ ފިއްތިއަޑުން). ނއ. ތިންވަނައާ ޖެހިގެން. —ނ. 1. ހަތަރުވަނަ އެތި. 2. ޔުނިވަރސިޓީއެއްގެ އޮނާޒް ޑިގްރީއެއްގެ ހަތަރުވަނަ ދަރަޖަ. 3. ހަތަރު ބައި ހިމެނޭ އެއްޗެއްގެ އެއްބައި. —ކއ. fourthly.

fowl

ފައުލް. ނ. 1. އޭގެ ބިހާއި މަހަށްޓަކައި ގެންގުޅޭ ދޫންޏެއް. ކުކުޅު ހާ. 2. ކުކުޅު މަސް. ކެއުމަށް ބޭނުންކުރާ އެކި ދޫނީގެ މަސް.

fowler

ފައުލަރ. ނ. ވަލު ކުކުޅު ހިފާ މީހެއް.

fowling

ފައުލިން. ނ. ވަލު ކުކުޅު ބަޑިޖަހައިގެން ނުވަތަ ދަންތޫރައެއް ޖަހައިގެން ފަދަ ގޮތަކަށް ހިފާ ހިފުން. މި ކުޅިވަރު.

fox

ފޮކްސް. ނ. 1. ކުއްތާ އާއިލާގެ ރަތް ކެހެރި ހުންނަ ވަހުސީ ޖަނަވާރެއް. ހިޔަޅު. 2. މަކަރުވެރި މީހެއް. 3. ހިޔަޅުގެ ކެހެރި. —ކ. މަކަރުން މީހަކަށް އޮޅުވައިލުން.

foxed

ފޮކްސްޑް. ނއ. (އެއްޗިއްސާ މެދު) ފިނި ހިފުމުގެ ސަބަބުން، މުށިކުލައިގެ ލައް ޖަހާފައިވާ. ނ. foxing.

foxglove

ފޮކްސްގްލަވް. ނ. ހުދު ނުވަތަ ގަދަ ފިޔާތޮށި މައު އަޅާ އުސްކޮށް ފިނި ޤައުމުތަކުގައި ހެދޭ ގަހެއް. މި ގަހުން މުހިއްމު ބޭހެއް އުފައްދައެވެ.

foxhound

ފޮކްސްހައުންޑް. ނ. ހިޔަޅު ޝިކާރަކުރުމަށް ތަމްރީނުކުރާ ބާވަތެއްގެ ކުއްތާއެއް.

fox-terrier

ފޮކްސް-ޓެރިއަރ. ނ. ބާވަތެއްގެ ކެހެރި ކުރު ކުއްތާއެއް.

foxtrot

ފޮކްސްޓްރޮޓް. ކނ. ނަށާ މަލާމެއްގައި އަވަސް ފިޔަވަޅުތަކެއް އަޅަމުން ލަސްލަހުން ނަށާ ނެށުމެއް. މި ބާވަތުގެ ނެށުމުގެ މިޔުޒިކް. —ކ. މިގޮތަށް ނެށުން.

foxy

ފޮކްސީ. ނއ. (foxier, foxiest) 1. ރަތް މުށިކުލަ. 2. މަކަރުވެރި، ހީލަތްތެރި. 3. ހިޔަޅެއްގެ ވައްތަރު ޖަހާ.

foyer

ފޮއިއޭ. ނ. ހޮޓަލެއް، ސިނަމާއެއް ފަދަ ތަނަކަށް ވަންނައިރު އޮންނަ ހުސް ޖާގަ.

———————

fracas

ފްރެކާ. ނ. އަޑުގަދަ އަރައިރުންވުމެއް ނުވަތަ ހަމަޖެހުން ގެއްލުމެއް.

fraction

ފްރެކްޝަން. ނ. 1. ފުރިހަމަ ނޫން ޢަދަދެއް. ކަސްރު. މ. 0.23، 3/1. 2. އެއްޗެއްގެ ވަރަށް ކުޑަ އެތިކޮޅެއް ނުވަތަ މިންވަރެއް.

fractional

ފްރެކްޝަނަލް. ނއ. 1. ކަސްރު އަކަށް ނިސްބަތްވާ. 2. ވަރަށް ކުޑަ. މ. a fractional difference. ކއ. fractionally.

fractious

ފްރެކްޝަސް. ނއ. 1. (ކުޑަކުދީންނާ މެދު) އަވަހަށް އަރައިރުންވާ. ތޮޅޭ. ފަސޭހައިން ރުޅިއަރާ. 2. (ޤައުމެއް، މުއައްސަސާއެއް ފަދަ ތަނަކާ މެދު) ކޮންޓްރޯލްކުރަން ދަތި. ގަވާއިދަށް ނޫޅޭ. ކއ. fractiously. ނ. fractiousness.

fracture

ފްރެކްޗަރ. ނ. ކަށިގަނޑެއް ފަދަ ތަނެއް ބިންދައިގެންދާ ދިއުން. —ކ. ކަށިގަނޑެއް ފަދަ ތަނެއް ބިންދާލުން ނުވަތަ ބިނދުން.

fragile

ފްރެޖައިލް. ނއ. 1. ފަސޭހައިން ހަލާކުވާ، ބިނދޭ، ތެޅޭ. 2. (މީހެއްގެ ޠަބީޢަތާ މެދު) ނާޒުކު. ގަދަ ނޫން. ކއ. fragilely. ނ. fragility.

fragment

ފްރެގްމަންޓް. ނ. 1. ތަޅައިގެން ގޮސް ނުވަތަ އެހެންވެސް ގޮތަކަށް ހަލާކުވި އެއްޗެއްގެ އެތިކޮޅެއް. 2. އެއްޗަކުން ބައެއް.

fragment

ފްރެގްމަންޓް. ކ. ކުދިކުދި އެތިކޮޅުތަކަކަށް ހަލާކު ކޮށްލުން. ތަޅައިލުން. މުގުރާލުން. ނ. fragmentation.

fragmentary

ފްރެގްމަންޓަރީ. ނއ. ކުދިކުދި އެތިކޮޅުތަކަކުން ހިމެނިގެންވާ. މ. ހެކި.

fragrance

ފްރެގްރަންސް. ނ. 1. މައު، އަތަރު ފަދަ ތަކެތިން ދުވާ މީރު ވަސް. 2. މީރު ވަސް ދުވާ އެއްޗެއް. ހުވަނދު. އަތަރު. ޚުޝްބޫ.

fragrant

ފްރެގްރަންޓް. ނއ. މީރު ނުވަތަ ހިތްގައިމު ވަހެއް ދުވާ. ކއ. fragrantly.

frail

ފްރެއިލް. ނއ. ހަށިގަނޑު ނުވަތަ ބާރު ގަދަ ނޫން. ނާޒުކު. ޟަޢީފު.

frailty

ފްރެއިލްޓީ. ނ. 1. ޟަޢީފުކަން. ބަލިކަށިކަން. 2. އަޚްލާޤްގެ ބަލިކަށިކަން. ފަސޭހައިން ނުބައިކަންކަމަށް ހެއްލޭ.

frame

ފްރެއިމް. ފްރޭމް. ނ. 1. އިމާރާތެއް، ކާރެއް ފަދަ އެއްޗަކަށް އޭގެ ސިފަގެނުވާ ބައްޓަމުގެ އޮނިގަނޑު. މ. އައިނުގެ ފްރެއިމް. 2. އޭގެ ތެރެއަށް ބިއްލުރި، ދޮރުފަތް، ކުރެހުމެއް ފަދަ އެއްޗެއް ލެވޭ ގިޔުގަނޑު. 3. ޖަނަވާރެއްގެ ނުވަތަ މީހެއްގެ ސައިޒަށް ނިސްބަތްކޮށް އޭގެ ހަށިގަނޑު. މ. އަޙްމަދަކީ ކުޑަ ފްރޭމް އެއްގެ މީހެކެވެ. 4. ފޮޓޯ/ފިލްމު ނަގާ ފީތާއެއްގެ އެއް ފޮޓޯ ރެކޯޑުވާ ޖާގަ. 5. ފިނި ޤައުމުތަކުގައި ގަދަ ފިނިން ގަސްތައް ރައްކާތެރިކުރުމަށް ވަށައިގެން ޖަހާ ގިޔުގަނޑެއް. 6. ސްނޫކަރ ފަދަ ކުޅިވަރެއްގައި ބޯޅަތައް އަތުރާ ގިޔުގަނޑު. މިފަދަ ކުޅިވަރެއްގެ އެއް ކުޅި (ގޭމް). —frame ކ. 1. ފްރޭމް އެއް ލުން ނުވަތަ ފްރޭމް އެއް ހަރުކުރުން. 2. ބިނާކުރުން. 3. އެކުލަވައިލުން. ލަފުޒުން ބަޔާންކުރުން. މ. މުޢާހަދާއެއް. 4. މަޢުޞޫމް މީހަކު ކުށްވެރިކުރަން އޭނާއަށް ކަންކަން ތުހުމަތުކުރެވޭ ގޮތަށް ހެކި ބަދަލުކުރުން/އުފެއްދުން. frame of mind ވަކި ވަގުތެއްގެ މީހާގެ ފިކުރު ހުންނަ ގޮތް. frame of reference އެކި ޚިޔާލުތަކާއި އުޅުން ވަޒަންކުރުމަށް، އަޅާކިޔަން ގުންގުޅޭ މިޢުޔާރުތައް. frame-up މަޢުޞޫމް މީހަކު ކުށްވެރިކުރާގޮތަށް ހެކިތައް ހަދައި ތަރުތީބުކުރާ ކުރުން.

framework

ފްރެއިމްވާރކް. ނ. 1. އިމާރާތެއް ފަދަ އެއްޗެއް ހިފަހައްޓާ ގިޔުގަނޑު. އޮނިގަނޑު. 2. ގަވާއިދުތަކެއް ނުވަތަ ނިޒާމެއް.

franc

ފްރޭންކް. ނ. ފްރާންސް، ސްވިޓްޒަރލަންޑް، ބެލްޖިއަމް ފަދަ ޤައުމުތަކުގައި ގެންގުޅުނު ފައިސާ.

France

ފްރާންސް. ނ. ހުޅަނގު ޔޫރަޕުގެ ޤައުމެއް.

franchise

ފްރެންޗައިޒް. ނ. 1. އާއްމު އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު. 2. ވަކި ސަރަޙައްދެއްގައި، ކުންފުންޏެއްގެ މުދައު ވިއްކުމުގެ ހުއްދަ.

Franciscan

ފްރޭންސިސްކަން. ނ. ނަޞާރާ ދީނުގެ ވަކި މަޒުހަބެއްގެ މީހެއް.

Franco-

ފްރެންކޯ. (ލަފުޒެއްގެ ކުރިއަށް އެއްކުރާ ބައެއް). ފްރާންސް އަށް ނިސްބަތްވާ، ފްރާންސް އާ ގުޅޭ.

frank

ފްރޭންކް. ކ. މީހެއްގެ ފިކުރާއި ޝުޢޫރުތައް އޮޅުމެއް ނެތި އެނގޭ ގޮތަށް ހާމަކުރާ. ޞަރީޙަ. ނއ. frankly. ނ. frankness.

frank

ފްރޭންކް. ކ. ފްރޭންކިން މެޝިނެއް ބޭނުންކޮށްގެން ތައްގަނޑު ޖެހުން. franking machine އަކީ ޕޯސްޓް އޮފީސް ފަދަ ތަންތަނުގައި ބޭނުންކުރާ، ސިޓީގައި ސްޓޭމްޕްގެ ބަދަލުގައި ތައްގަނޑު ޖަހަމުން، އެ ސިޓީތައް ޕޯސްޓްކުރަން ދާ ޚަރަދު އަމިއްލައަށް ހިސާބުކުރާ މެޝިނެކެވެ.

frankfurter

ފްރޭންކްފާޓަރ. ޖަރުމަނުގެ ފްރޭކްފާރޓްގައި ފުރަތަމަ އުފެއްދި ގޮތަށް، ދުން (ދިލަ) ޖައްސާފައި ހުންނަ ސޯސިޖް.

frankincense

ފްރޭންކަންސަންސް. ނ. މީރުވަސް ދުއްވަން އަންދާ ގަހެއްގެ ކިރެއް. ބުޚޫރު. ލޫބާން.

frantic

ފްރޭންޓިކް. ނއ. ވިޔަރިއަރާފައި. ވަރަށް ބޮޑަށް ކަމަކާ ކަންބޮޑުވެ، ކޮންޓްރޯލުން ނެއްޓިފައި. ހަމައެއް ނެތި އެކިކަންކަމުގައި އަވަހަށް އުޅެގެންނަ ފޯރިއަރާފައި. ކއ. frantically.

fraternal

ފްރެޓާރނަލް. ނއ. 1. ބޭބެވަންތަ ކަމަށް ނިސްބަތްވާ. ބޭބެއިންގެ. ކއ. fraternally.

fraternity

ފްރެޓާރނިޓީ. ނ. 1. އަޚްވަންތަ ކަމުގެ އިޙްސާސްތައް. 2. ދީނީ ގޮތުން އަޚްވެގެން އުޅޭ ޖަމާޢަތެއް. 3. ވަކި މަޞްލަޙަތުތަކެއް ނުވަތަ ޝައުޤުތަކެއް ހުންނަ ބައެއްގެ ޖަމާޢަތެއް ނުވަތަ މުއައްސަސާއެއް.

fraternize

ފްރެޓާރނައިޒް. ކ. މީހުންނާ އެކުވެރިގޮތެއްގައި މިލި އުޅުން. ނ. fraternization.

Frau

ފްރޯ. ނ. ޖަރުމަނުގައި މީހުންނާ އިނދެގެން އުޅޭ އަންހެނުންނަށް ބޭނުންކުރާ ލަޤަބެއް. އިނގިރޭސީން މިސިޒް ކިޔާ ގޮތަށް ޖަރުމަނުގައި ކިޔާ ގޮތް.

fraud

ފްރޯޑް. ނ. 1. އެހެން މީހެއްގެ އަތުން އަގުބޮޑު އެއްޗެއް ހޯދުމަށް ހަދާ މަކަރާއި ހީލަތް. 2. މީހުންނަށް މަކަރު ހެދުމުގެ ބޭނުމުގައި އެހެން މީހަކަށް ވެގެން އުޅޭ މީހާ. 3. އޮޅުވާލުމުގެ ބޭނުމުގައި، އަޞްލު އެއްޗަކާ ވައްތަރަށް ހަދައިގެން އުޅޭ ފޭކު ކޮޕީ.

fraudulent

ފްރޯޑިއުލަންޓް. ނއ. ހީލަތުން ހޯދާފައިވާ. ހީލަތާއި މަކަރާއެކު ޙަރަކާތްތެރިވާ. ކއ. fraudulently. ނ. fraudulence.

fraught

ފްރޯޓް. ނއ. ކަމަކުން ފުރިފައިވާ. ހިމެނިގެންވާ. މ. the trip is fraught with danger.

Fraulein

ފްރޮއިލީން. ޖަރުމަނުގެ ހުސްހަށިބައި އަންހެނުން ބޭނުންކުރާ ލަޤަބެއް. އިނގިރޭސި ބަހުން މިސް ބޭނުންކުރާ ގޮތަށް ޖަރުމަނު ބަހުން ބޭނުން ކުރާ ލަފުޒު.

fray

ފްރޭ. ނ. ތެޅުމެއް. ދެކޮޅުވެރިކަމެއް. މ. ready for the fray?.

fray

ފްރޭ. ކ. (frayed, fraying) 1. ގިނަ ދުވަސްވެގެން ފޭރާމެއްގެ (ކައިރި) ކަފާސްވެ، އުއިތައް ނިއުޅުވުން. 2. މީހެއްގެ ޠަބީޢަތް ނުތަނަވަސް ކުރުން، ރުޅިއެރުވުން. 3. މިގޮތް ވުން.

frazzle

ފްރެޒްލް. ނ. މުޅީން ވަރުބަލިވެފައިވާ ޙާލަތް. މ. worn to a frazzle.

freak

ފްރީކް. ނ. 1. ސިފަ ޢާދަޔާ ޚިލާފު މީހެއް ނުވަތަ އެއްޗެއް. 2. ވަރަށް އާދަޔާ ޚިލާފުކަމެއް ނުވަތަ އެއްޗެއް. މ. a freak storm. 3. ވަރަށް ތަފާތުކޮށް ހެދުން އަޅާ މީހެއް. 4. ޑުރަގުދެވި ޖެހިފައިވާ މީހެއް. މި ޖެހިގެން ބިއްޖެހޭ މީހެއް. —ކ. freak out އާދަޔާ ޚިލާފު ގޮތަކަށް އުޅުން. ޑުރަގުދެވި ޖެހިގެން މީހާ އާވާރާވުން. ވަރަށް ވަރުގަދަ ޝުޢޫރުތަކެއް އިޙްސާސްވުން.

freakish

ފްރީކިޝް. ނއ. ފްރީކް އެއް ފަދަ.

freckle

ފްރެކްލް. ނ. (އަވީގައި ގިނައިރު އުޅުމުން) ހަމުގައި އުފެދޭ ކުދި މުށިކުލައިގެން ތިކިތަކެއް. —ކ. މިފަދަ ތިކިތަކެއް ހަމުގައި އުފެދުން ނުވަތަ މިގޮތްވާގޮތް ހެދުން.

free

ފްރީ. ނއ. (freer, freest). 1. (މީހަކާ މެދު) މިނިވަނެއް، އަޅެއް ނޫން. އެހެން މީހެއްގެ ބާރުގެ ދަށަކު ނޫން. ސިޔާސީ އަދި އިޖްތިމާޢީ މިނިވަންކަން އޮތް. 2. (ޤައުމު، ރައްޔިތުން، މުއަސަސާ ފަދަ ތަނަކާ މެދު) ބިދޭސީ ފަރާތަކުން ނުވަތަ ބާރުގަދަ ސަރުކާރަކުން ކޮންޓްރޯލް ނުކުރާ. އެންމެން ބައިވެރިވާ ސަރުކާރަކުން ހިންގާ. އަމިއްލަ މީހުންގެ މިނިވަންކަމަށް އިޙްތިރާމް ކުރާ. 3. ހަރުކޮށްފައި ނުވާ. ދައްޗެއް ނެތި އެއްތަނުން އަނެއް ތަނަށް ގެންދެވޭ، ދެވޭ. 4. މާގިނަ ގަވާއިދުތަކުން ބެދެވިގެން ނުވާ. 5. ނުހިމެނޭ، (ނުފޫޒެއް ފަދަ ކަމަކުން) އަސަރު ނުކުރާ، ބާރު ނުފޯރާ. މ. harbour is free from plastic = ބަނދަރުގައި ޕްލާސްޓިކެއް ނުވެއެވެ. free from blame އިލްޒާމްތަކުން (ތުހުމަތުތަކުން) މިނިވަން ވެގެންވާ. 6. ހިލޭ. އަގެއް ނުހިމެނޭ. ލިބިގަންނަ މީހާ އެއްވެސް އެއްޗެއް ދައްކަން ނުޖެހޭ. 7. (ވަގުތަކާއި ތަނަކާ މެދު) ހުސް. ބޭނުންކުރަމުން ނުދާ. (މީހަކާ މެދު) އެހެން ކަމެއް ކުރަން ނެތް. 8. ހިފެހެއްޓުމެއްނެތި ދޭ. މ. he is free with his advice = އޭނާ ހިފެހެއްޓުމެއް ނެތި އިރުޝާދު ދެއެވެ. —ކ. free (freed, freeing) 1. މިނިވަން ކުރުން. ދޫކޮށްލުން. 2. ތުހުމަތެއް ފަދަ ކަމެއް މީހަކަށް ކުރުން ނިމުމަކަށް ގެނައުން. 3. ވީއްލުން. ތަނަކުން އެއްޗެތި ތަކެއް ނެގުން. ކޮންމެވެސް ގޮތަކަށް ހައްޔަރު ވެފައިވާ އެއްޗެއް ދޫކޮށްލުން. ވީއްލުން. ކއ. feely. for free އަގު ދިނުމެއް ނެތި. ހިލޭ. free and easy ނުރަސްމީ. free enterprise ސަރުކާރުގެ ކޮންޓްރޯލެއް ނެތި އަމިއްލަ ކުންފުނިތައް ހިންގުމުގެ މިނިވަންކަން. free fall އެއްވެސް ހިފެހެއްޓުމެއް ނެތި ގުރެވިޓީގެ ބާރުގައި އެއްޗެއް ވެއްޓޭ ވެއްޓުން. ޖައްވީ އުޅަނދެއް، އިންޖީނުގެ ބާރަކާ ނުލައި ދުވާ ދުވުން. free fight ވަކި ގަވާއިދެއް ނެތި، ތިބި މީހުންނަށް ބައިވެރިވެވޭ ތަޅާފޮޅުމެއް. free-for-all ހަމައެއް ނެތި ބައިވެރިވެވޭ ތަޅާފޮޅުމެއް. ހާޒިރުވެ ތިބި އެންމެންނަށް ބައިވެރިވެވޭ މަޝްވަރާ އެއް. free hand ކުރާނެ ކަމެއް އިޚްތިޔާރުކުރުމުގެ ބާރު. free-hand ނއ. (ކުރެހުމަކާ މެދު) ފަތިގަނޑެއް ފަދަ އެއްޗެއް ބޭނުން ނުކޮށް އަތުން. free house ރާއުފައްދާ ކުންފުންޏަކުން ކޮންޓްރޯލް ނުކުރާ ރާވިއްކާ ތަނެއް. (މިފަދަ ތަނެއްގައި އެކި މަރުކާގެ ރާ ހުންނާނެއެވެ.). free kick ހިލޭ ޖެހުމެއް. އިދިކޮޅު ޓީމުގެ ކުށަކުން ދިފާޢުކުރާނެ މީހުން ނުލައި ޖަހަން ލިބޭ ޖެހުމެއް. free lance ވަކި މީހެއްގެ ވަޒީފާގައި ނޫޅޭ، އެމީހާގެ ޚިދުމަތް އެކި މީހުންނަށް ވިއްކޭނޭ މީހެއް. ކ. free-lance މިފަދަ ހަމައަކުން މަސައްކަތެއް ކުރުން. free-loader ބަދަލުގައި ކަމެއް ނުކޮށްދީ، އެހެން މީހުންގެ އެހީއިން އުޅޭ މީހެއް. free love ކައިވެންޏާ ނުލައި އެއްދާން ކުރުން. free on board/rail ނާލު ނުލައި އަގު. free port އެންމެންނަށް ހުޅުވާލެވިފައިވާ ބަނދަރެއް. free-range (ކުކުޅާ މެދު) ކުދި ކޮށީގައި ނުގެންގުޅޭ. ދަނޑެއް ފަދަ ތަނަކަށް ދޫކޮށްލާފައިވާ. free speech އެކި ޚިޔާލުތައް ހާމަކުރުމުގެ މިނިވަންކަން ލިބިގެންވުން. free-standing ގިޔުގަނޑެއް ފަދަ އެއްޗަކުން ނުހިފަހައްޓާ. އަމިއްލަ އަށް ހުންނަ. free-style އެމީހަކު ބޭނުން ފޭޑިއަކަށް ކަމެއް ކުރެވޭ. މ. ފެތުރުމުގެ ރޭހެއްގައި ނަމަ، ބޭނުން ކޮންމެ ގޮތަކަށް ފެތޭ. free vote ޕާޓީގެ ފިކުރާ އެއްގޮތަށް ވޯޓުލާން ނުޖެހި ރައްޔިތުންގެ މަޖިލިހުގައި ނަގާ ވޯޓު. free-wheel ބައިސްކަލް ފަދަ އެއްޗެއް ފައިން ނުކޮއްޕާ ދުއްވުން. (މ. ތިރިއަށް އޮތް މަގެއްގައި). free will މީހަކު އިޚްތިޔާރުކުރާ ގޮތަކަށް ޢަމަލުކުރުމުގެ ބާރު. free world ކޮމިޔުނިސްޓް ނޫން ޤައުމުތަކަށް އެޤައުމުތަކުގެ މީހުން ކިޔައިގެން އުޅޭ ނަން.

freedom

ފްރީޑަމް. ނ. 1. މިނިވަންކަމުގެ ޙާލަތު. 2. ކަމަކާ މެދު ޞަރީޙަކޮށް، ފޮރުވުމެއް ނެތި ވާހަކަދައްކާ ދެއްކުން. 3. އުނިކަމެއް ނުވަތަ އައިބަކުން މިނިވަންވެގެންވުން. 4. ހިފެހެއްޓުމެއް ނެތި ބޭނުންކުރުމުގެ ޙައްޤު. މ. freedom of the city. ޤަދަރުދިނުމުގެ ގޮތުން މީހަކަށްދޭ ޝަހަރެއްގެ ރަށްވެހިކަން. {އިހުގައި ޝަހަރުތައް ވަރަށް މިނިވަންކޮށް ޤައުމު ފަދަ ގޮތަށް ހިންގައެވެ.}

freehold

ފްރީހޯލްޑް. ނ. ބިން، ގެ ފަދަ ތަނެއް އަމިއްލައަށް މިލްކުކުރުމުގެ ޢަމަލު. ނ. freeholder.

freeman

ފްރީމަން. ނ. ސިޓީއަކަށް، ޝަހަރަކަށް ވަދެނުކުމެ އުޅުމުގެ ޙައްޤު އޮންނަ މީހެއް. މިއީ ލަޤަބެއް ލިބިފައިވާ މީހެކެވެ. ބަލާ freedom.

freemartin

ފްރީމާޓިން. ނ. ދަރިމައިވުމުގެ ނިޒާމު ހަލާކުވެފައިވާ ކުޑަ ގެރިއެއް.

Freemason

ފްރީމެއިސަން. ނ. ފިރިހެނުންގެ ގިނަ ދުވަސްވީ ސިއްރު ޖަމާޢަތަކަށް ނިސްބަތްވާ މީހެއް. ނ. Freemansonry މި ޖަމާޢަތަކީ ސިއްރު ޙަރަކާތްތަކެއް އޮންނަ އެއް މެންބަރަކު އަނެއް މެންބަރަށް އެހީވާ ޖަމާޢަތެކެވެ. ޢާއްމު ލަފުޒެއްގެ ގޮތުގައި ވެސް އެކަކު އަނެކަކަށް ސިއްރުވެރިކަމާއެކު އެހީތެރިވުމަށް ބައެއް ފަހަރު މި ލަފުޒު ބޭނުންކުރެއެވެ.

freesia

ފްރީސިއާ. ނ. ގޮނޑިއަކުން ފަޅާ މީރުވަސް ދުވާ މަލެއް އަޅާ ގަހެއް.

Freetown

ފްރީޓައުން. ނ. ސިއެރާ ލިއޯންގެ ވެރިކަން ކުރާ ސަހަރު.

freeway

ފްރީވޭ. ނ. އެމެރިކާ ބަހުރުވައިން ދަތުރުކުރަން ފައިސާ ދައްކަން ނުޖެހޭ މަގެއް.

freewill

ފްރީވިލް. ނއ. އަމިއްލަ އިޚްތިޔާރުން.

freeze

ފްރީޒް. ކ. (froze, frozen, freezing) 1. ފެން ގަނޑުވާހާ ފިނި ބޮޑުވުން. މ. it was freezing last night. 2. ފިނި ގަދަވެގެން ދިޔާ އެއްޗެއް ގަނޑުއެއްޗަކަށްވުން. އައިސްއިން ފުރުން ނުވަތަ އައިސް އިން ނިވާވުން. 3. ބިރުން ފަދަ ކަމަކުން ވަރަށް ބޮޑަށް ފިނިވުން، ގަނޑުވުން. ބިރު ގަންނަވައިގެން ނުވަތަ ފިނިން ގަނޑުކޮށްލުން. 4. ފެން ގަނޑުވާހާ ފިނިކޮށްގެން ކާތަކެތި ގިނަ ދުވަހު ކުނިނުވެ ހުންނަގޮތް ހެދުން. 5. ނުލިބޭގޮތަށް، ބޭނުންނުކުރެވޭ ގޮތަށް ފައިސާ ހިފެހެއްޓުން. 6. މުސާރަ، އަގު ފަދަ ތަކެތި މަތިނުކޮށް ވަކި މިންވަރެއްގައި ހިފެހެއްޓުން. —ނ. 1. ގަނޑުވާ ހާ ފިނި ދުވަސްތަކެއް. 2. އަގާއި މުސާރަ ވަކި މިންވަރެއްގައި ހިފަހައްޓާ ހިފެހެއްޓުން. 3. freeze-dry ފިނިކޮށްގެން ގަނޑުކުރުމަށް ފަހު ވައިނެތް ތަނެއްގައި ހިއްކުން. freezing point އެއްޗެއް ގަނޑުވާ ހޫނުމިން. freeze on to (ނުރަސްމީ ބަހުރުވައިން) އެއްޗެއްގައި ގަދައަށް ހިފުން/ހިފެހެއްޓުން. freeze out ވިޔަފާރިއާއި އިޖްތިމާޢީ ގުޅުންތަކުން މީހަކު ދުރުކުރުން. freeze-up އައިސް އުފެދިގެން ތަނެއްގައި ހަރުވުން، ހިފެހެއްޓުން. ނ. freeze-up.

freezer

ފްރީޒަރ. ނ. ފިނިހޫނުމިން ވަރަށް ދަށްކޮށްގެން ކާތަކެތި ގިނަ ދުވަހު ކުނިނުވެ ރައްކާކުރެވޭ ފޮއްޓެއް ފަދަ އެއްޗެއް.

freight

ފްރޭޓް. ނ. 1. އެއްތަނުން އަނެއް ތަނަށް މުދައު ފޮނުވާ ފޮނުވުން. 2. މިގޮތަށް ފޮނުވާ މުދައު. 3. ނާލު. —ކ. އޮޑިއެއް، ބޯޓެއް ފަދަ އެއްޗަކަށް މުދައު އެރުވުން. މުދައު ގެންދިއުން ނުވަތަ ފޮނުވުން.

freighter

ފްރޭޓަރ. ނ. ނާލުމުދައު ގެންދާ މަތިންދާބޯޓެއް ނުވަތަ ކަނޑު އުޅަނދެއް.

French

ފްރެންޗް. ނއ. 1. ފަރަންސޭސިވިލާތުގެ ބަހަށް ނުވަތަ މީހުންނަށް ނިސްބަތްވާ. —ނ. 1. ފަރަންސޭސި ބަސް. 2. the French ފަރަންސޭސީން. 3. ނުރަސްމީ ބަހުރުވައިން ހުތުރުގޮތަށް ދައްކާ ވާހަކަ. Frenchman, Frenchwoman. French bean ތޮޅީގެ ގޮތުގައި އަދި އޮށުގެ ގޮތުގައި ބޭނުންކުރާ ތަރުކާރީ ތޮޅިއެއް. މިއީ ފަންސުރެއްހާ ދިގުކޮށް އެ ފަލަމިނުގައި ހުންނަ ތޮޅިއެކެވެ. ދިގު ތޮޅި. french chalk ކޭއްތޭ ދޭތީގެ ހިފެހެއްޓުން ކުޑަކުރަން ބޭނުންކުރާ ހިމުންކޮށް މުގުރި ޗޯކު. French dressing ފަތު މަސްހުންޏަށް އަޅާ ތެލާއި ރާހުތުގެ ސޯސްއެއް. French horn ވަށްކޮށް އޮޅާފައި ހުންނަ ދުންމާރިއެއް. French knickers ފައިކުރި ދޫކޮށް ހުންނަ ކުރު ހަރުވާޅެއް. French letter ނުރަސްމީ ބަހުރުވައިން ކޮންޑޮމް. ހުރަސް. French-polish ޝެލެކް ބޭނުންކޮށްގެން ފާލިސްކުރުން. French-seam ފޭރާމުގައި އެތެރެއަށް މަޅައި، ޖަހާފައި ހުންނަ ފަތި. މިބާވަތުގެ ފަތި ޖެހޭނީ ދެ ފަހަރު ފަހަގެންނެވެ. French window ބޮޑު ދޮރެއް ފަދައިން އަދި ކުޑަދޮރެއް ފަދައިން ބޭނުންކުރެވޭ ގޮތަށް ވަރަށް އުސްކޮށް ހުންނަ ބިއްލޫރި ޖެހި ކުޑަދޮރު. take French leave ހުއްދަ ނުނަގައި ވަޒީފާއަށް ނުނުކުތުން. ހުއްދަނެތި ޗުއްޓީ ނެގުން.

frenzied

ފްރެންޒީޑް. ނއ. ވިޔަރިއަރާފައިވާ. ވަރަށް ބޮޑަށް ކަމެއްގެ ފޯރިއަރައި ހަދާނެ ނުހަދާނެގޮތެއް ނޭނގޭ ޙާލެއްގައި. ކއ. frenziedly.

frenzy

ފްރެންޒީ. ނ. ގަދައަށް ހާސްވެ، މަޖާވެ، ނުތަނަވަސްވާ ވުން. ކަމަކާވާ ދީވާނާ. އަރާ ވިޔަރި.

frequency

ފްރީކުވަންސީ. ނ. 1. ގިނަގިނައިން ތަކުރާރުވާ ކަމެއް. މިގޮތްވާ ޙާލަތު. 2. ތަކުރާރުވާ މިންވަރު. 3. ސިކުންތެއްގެ މުއްދަތުގައި އިލެކްޓްރިކް ނުވަތަ އަޑުގެ ރާޅެއްގައި ހިމެނޭ ހުޅީގެ ޢަދަދު. ސިކުއްތަކު އުފެދޭ ފުރިހަމަ ރާޅެއްގެ ޢަދަދު.

frequent

ފްރީކްވެންޓް. ނa. ގިނަގިނައިން ވާ، ތަކުރާރުވާ. ކއ. frequently.

frequent

ފްރީކްވެންޓް. ކ. ތަނަކަށް ގިނައިން ދިޔުން. ވަކި ތަނަކު ގިނައިރު އުޅުން.

fresco

ފްރެސްކޯ. ނ. ފާރުގައި ނުވަތަ ފަންގިފިލާގައި، އުވަޖަހައި ހިކުމުގެ ކުރީގައި ކުރަހާ ކުރެހުމެއް.

fresh

ފްރެޝް. ނއ. 1. އަލަށް އެއްތަންކޮށް، ތައްޔާރުކޮށް، އުފައްދާ ފައިވާ. ކުނި ވެފައެއް ނޫން. ތާޒާ. އައު. އަލަތު. (ސ) ނަވިނަ. 2. އަލަށް އައި. ތަފާތު. 3. ކުރިން އެނގިފައި ނުވާ، ކުރިން ބޭނުން ނުކުރާ. 4. ގަނޑުކޮށްގެން، ދަޅުގައި ބަންދުކޮށްގެން، ލޮނުއަޅައިގެން ނުވަތަ މިފަދަ އެހެން ކަމެއް ކޮށްގެން ގިނަ ދުވަސްވެފައިނުވާ (ކާތަކެތި). ތާޒާ. 5. ހިތި ނޫން. ލޮނު ނޫން. 6. (މޫސުމާއި ވަޔާ މެދު) ފިނި، ހިތްގައިމު، ވައިޖެހޭ ނަމަ، ހިތްގައިމު ވަރަކަށް ވައިޖެހޭ. 7. ގަދަ، ސާފު، (ކުލަ ނަމަ) ފަނޑުވެފައި ނުވާ، 8. ވަރުބަލި ވެފައި ނުވާ. ހިތްވަރު ގަދަވެފައިވާ. ދިރުން ހުރި. ރޫޙް ހުރި. 9. އެމެރިކާގެ ބަހުރުވައިގައި ތިމާ މޮޅުކަމަށް ހިތަށް އަރައި ހިފެހެއްޓުމެއް ނެތި މީހުންނާ ކުރިމަތިލާ. ކއ. freshly. ނ. freshness.

freshen

ފްރެޝަން. ކ. ތާޒާކޮށްލުން ނުވަތަ އައުވުން.

freshwater

ފްރެޝްވޯޓަރ. ނއ. ލޮނު ނޫން މީރުފެނަށް ނިސްބަތްވާ. މީރު ފެނުގައި އުޅޭ. މ. freshwater fish.

fret

ފްރެޓް. ކ. (fretted, fretting) 1. ހިތްހަމަ ނުޖެހުން. ފިކުރުބޮޑުވުން. މިގޮތް ހެދުން. 2. ގާނައިގެން ނުވަތަ ތަކުރާރުކޮށް ދަތްއަޅައިގެން ބައެއް ކެވިގެންދާގޮތް ހެދުން. —ނ. ފިކުރުބޮޑުވުމާއި ހާސްވުމުގެ ޙާލަތެއް.

fret

ފްރެޓް. ނ. ރަނގަޅު ތަނުގައި އިނގިލިއަޅަށް ފަސޭހައަކަށް ގިޓާ ފަދަ އެއްޗެތީގެ ދަނޑީގައި ހުރަހަށް އަޅާފައި އުސްކޮށް ހުންނަ ފިއްތަކެއް.

fretful

ފްރެޓްފުލް. ނއ. އަބަދު ފިކުރުކޮށް ރޮއެ އުޅޭ. ކއ. fretfully. ނ. fretfulness.

fretsaw

ފްރެޓްސޯ. ނ. ވަރަށް ތުނި ލަކުޑި ފަދަ ތަކެތި ކުރެހުން އަޅާ ކީހަށް ބޭނުން ކުރާ ދުނިގަނޑެއްގައި ހަރުކުރި ކުޑަ ކީހެއް.

fretted

ފްރެޓިޑް. ނއ. (ފަންގިފިލައާ މެދު) ކުރެހުން އަޅާފައިވާ. ގިޓާ ފަދަ ތަކެތީގެ ދަނޑީގައި ފްރެޓް ހުރި.

fretwork

ފްރެޓްވާރކް. ނ. ކުޑަ ކީހަކުން ކީހައިގެން އަޅާފައި ހުންނަ ޒީނަތްތެރިކަމުގެ ކުރެހުން.

Freudian

ފްރޮއިޑިއަން. އޮސްޓްރިއާގެ ޑޮކްޓަރެއްގެ ޚިޔާލުތަކަށް ނިސްބަތްވާ. Sigmund Freud (1856–1939)

friable

ފްރައިއަބްލް. ނއ. ފަސޭހައިން ކުނޑިކޮށްލެވޭ. ފަސޭހައިން ކުނޑިއަށްވާ.

friar

ފްރަޔަރ. ނ. ނަޞާރާދީނުގެ ރޯމަން ކެތަލިކުންގެ ތެރެއިން ފަގީރުކޮށް އުޅޭ ޖަމާޢަތެއްގެ މީހެއް. މި މީހުންނަކީ އެކި ތަންތަނަށް އިޖްތިމާޢީ ކަންކަމުގައި ދަތުރުކޮށް އުޅޭ ބައެކެވެ. friar’s balsam އެތެރެއަށް ނޭވާލާއިރު ދަމާ ބާވަތެއްގެ ބޭސްވެރިކަމުގެ ތެލެއް.

friary

ފްރައަރީ. ނ. ފްރަޔަރުން ދިރިއުޅޭ ގެ ނުވަތަ ބިނާ.

fricassee

ފްރިކަސީ. ނ. ތެއްލި ނުވަތަ ކެއްކި މަހުން ތަރުކާރީ އަޅައި ހަދާ ދިޔާ ކާއެއްޗެއް.

friction

ފްރިކްޝަން. ނ. 1. އެކަތި އަނެއް އެއްޗާ ޖެހޭޖެހުން، ގޭނޭ ގޭނުން. 2. އެއް ސަޠަޙަ އެހެން ސަޠަޙައެއްގައި ޖެހިގެން ގުޑާއިރު ހުންނަ ހިފެހެއްޓުން. 3. އެކި ޚިޔާލާއި ޠަބީޢަތުގެ މީހުންގެ މެދުގައި އުފެދޭ ދެކޮޅުވެރިކަން. ނއ. frictional.

Friday

ފްރައިޑޭ. ފްރައިޑެއި ނ. ބުރާސްފަތި ދުވަހާ ޖެހިގެން އޮންނަ ދުވަސް. ހުކުރު ދުވަސް.

fridge

ފްރިޖް. ނ. ނުރަސްމީ ބަހުރުވައިން އައިސް އަލަމާރި.

fried

ފްރައިޑް. ބަލާ fry.

friend

ފްރެންޑް. ނ. 1. އާއިލީ ގުޅުމެއް، ޖިންސީ ގުޅުމެއް ނެތް ރައްޓެހިކަމުގެ ގުޅުން އޮންނަ މީހެއް. ރަޙްމަތްތެރިއެއް. އެކުވެރިއެއް. މިތުރު. ދޯސްތު. ޞަދީޤް. 2. އެހީތެރިވާ ކަމެއް ނުވަތަ އެއްޗެއް. މ. darkness is our friend. 3. ކަމަކަށް ހެޔޮއެދޭ، ކައްތިރިވާ ފަރާތެއް. މ. friends of beach ގޮނޑުދޮށް ސާފުކޮށް ބަލަހައްޓާ ޖަމާއަތެއް. 4. Friend ދީނީ ޚާއްޞަ ޖަމާޢަތެއްގެ މެންބަރެއް (Society of Friends). ނ. friendship.

friendless

ފްރެންޑްލަސް. ނއ. ރަޙްމަތްތެރިއެއް ނެތް. މިތުރެއް ނެތް.

friendly

ފްރެންޑްލީ. ނއ. (friendlier, friendliest) 1. ރައްޓެއްސެއްފަދަ، އޯގާތެރި. 2. (އެއްޗިއްސާ މެދު) މަދަދުވެރި. އެހީތެރި. ނ. friendliness. ނއ. friendly. friendly match ރައްޓެހިކަމުގެ ގޮތުން ކުޅޭ ކުޅިވަރެއް. މުބާރާތަކަށް ނޫންގޮތަށް ކުޅޭ އެކުވެރިކަމުގެ މެޗެއް. Friendly Society ބަލިވުމުން ނުވަތަ މުސްކުޅިވުމުން އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޖަމްޢިއްޔާ އެއް.

Friesian

ފްރީޜަން. ނ. ހޮލަންޑް ހިސާބުގެ ކަޅާއި ހުދު ކެހެރިއެއް ހުންނަ ކިރު ގެރިއެއް.

frieze

ފްރީޒް. ނ. ފާރެއްގެ މަތީބައިގައި ނުވަތަ ޢިމާރާތެއްގެ މަތީބައިގައި ރާނާފައި ހުންނަ އިރު ފޮފޮނަގައި ކުރެހުން އަޅާފައި ހުންނަ ދިގު ބަންދެއް.

frigate

ފްރިގެޓް. ނ. ކުޑަވަރެއްގެ ބާރަށް ދުވާ މަނަވަރެއް. ބާރަށް ދުވާ ކުޑަވަރެއްގެ އޮޑިއެއް.

fright

ފްރައިޓް. ނ. 1. ކުއްލިއަކަށް އަންނަ ބޮޑު ބިރު. ޚައުފު. 2. ސޭކެއް ވައްތަރު ޖަހާ އެއްޗެއް ނުވަތަ މިގޮތަށް ހުރި މީހެއް. ބިރެއް ފަދަ މީހެއް.

frighten

ފްރައިޓްން. ފްރައިޓަން. ކ. 1. ބިރު ގަންނަވާލުން. 2. ބިރުގަތުން. 3. ބިރުގަންނަވާލައިގެން ފައްސާލުން. ބިރުގަންނަވާލައިގެން މަޖުބޫރުކުރުން. be frightened of އެއްޗަކާ މެދު ބިރުގަނެގެން ވުން.

frightful

ފްރައިޓްފުލް. ނއ. 1. ގަދަ ބިރު އުފައްދާ. 2. ހުތުރު. 3. ނުރަސްމީ ބަހުން ވަރަށް ބޮޑު. ވަރަށް ނުބައި. މ. frightful expense, frightful weather. ކއ. frightfully.

frigid

ފްރިޖިޑް. ނއ. 1. އާދަޔާ ޚިލާފަށް ފިނި. 2. މީހުންނާ ގުޅުން ކުޑަވެފައި ގަވާއިދުގައި ބޮޑަށް ހިފަހައްޓާ. އަބުއި. 3. (އަންހެނުންނާ މެދު) ޖިންސީގޮތުން އިޖާބައެއް ނެތް. އަސަރެއް ނުކުރާ. ކއ. frigidly. ނ. frigidity.

frill

ފްރިލް. ނ. 1. ރޫޖައްސާފައި އެއް އަރިން ފަސްބައިގައި ހަރުކުރާ ފޮތިކޮޅެއް. 2. ކޮންމެހެން ބޭނުން ނޫން އިތުރު ކަމެއް/އެއްޗެއް. މ. room with no frills އަސާސީ އެއްޗެތި ފިޔަވައި އެހެން އެއްޗެއް ނެތް ކޮޓަރި. ނއ. frilled. ނއ. frilly.

fringe

ފްރިންޖް. ނ. 1. ޒީނަތަކަށް އެލޭގޮތަށް ހުރި ކުދި ވައުބުރިތަކެއް ނުވަތަ ރޮދިތަކެއް. (ސ) ވާތިޔަ. އުރުދޫ ބަހުން ޙާޝިޔަ. 2. މި ސިފައަށް ހުރި އެއްޗެއް. 3. ނިތްކުރި މައްޗަށް ވައްޓާލާފައި ހުންނަ އިސްތަށި ތައް. 4. ސަރަޙައްދެއް ފަދަ ތަނެއްގެ ހަވާސާ، އިންކައިރި. —ކ. 1. ފްރިންޖް ބޭނުންކޮށްގެން ޒީނަތްތެރިކުރުން. 2. އެއްޗެއްގެ ފްރިންޖް އަކަށް ވުން. fringe benefits މުސާރައިގެ އިތުރަށް މުވައްޒަފަކަށްދޭ އިނާޔަތްތައް.

frippery

ފްރިޕަރީ. ނއ. ބޭނުންނުވާ، ދެއްކުން ތެރި ގަހަނާތަކާއި ޖަރީތައް.

frisk

ފްރިސްކް. ކ. 1. މަޖަލަކަށް ފުންމުން ނުވަތަ ކޮރުން. 2. ފޮރުވާފައިވާ ހަތިޔާރު ހުރެދާނެތީ މީހެއްގެ ހެދުމުގެ މަތިން ގައިގައި އަތްއުނގުޅުން.

frisky

ފްރިސްކީ. ނއ. (friskier, friskiest) ދިރުން ހުރި. މަޖަލަކަށް ފުމެ އަރާ. ނ. friskiness.

fritillary

ފްރިޓިލަރީ. ނ. 1. ރަނގަބީލު ސިފައަށް އެލިފައި ހުންނަ މައު އަޅާ ގަހެއް. 2. ބާވަތެއްގެ ލައް ޖެހި ކޮކާލެއް.

fritter

ފްރިޓަރ. ނ. މަސް، މޭވާ ފަދަ ތަކެތި އަޅައި ތެތްލާފައި ހުންނަ ކުދި ފަތާ ފުއް ގުޅަ. އެއްވެސް އެއްޗެއް ނާޅައި ވެސް ފުއް ތެއްލުމުންވެސް ކިޔާނީ މިހެންނެވެ.

fritter

ފްރިޓަރ. ކ. 1. ލަސްލަހުން މަދުމަދުން، އިސްރާފުކުރުން، ހޭދަކުރުން (ޚާއްޞަކޮށް ބޭކާރު ކަންކަމަށް). މ. fritter away time/money.

frivol

ފްރިވަލް. ކ. (frivolled, frivolling) މީހެއްގެ ވަގުތު، މަޖާކުރުމުގައި، ސީރިއަސް ނޫން ކަންކަމުގައި ހޭދަކުރުން.

frivolous

ފްރިވަލަސް. ނއ. ސީރިއަސް މަޤްޞަދެއް ނެތް. މަޖާކުރާހިތްވާ. މ. ކއ. frivolously. ނ. frivolity.

frizz

ފްރިޒް. ކ. ބޮނޑިއަކަށް ވަންދެން ނަރު، އިސްތަށިފަދަ އެއްޗެއް ބުޅިކުރުން. —ނ. މިފަދަ އިސްތަށި، ބުޅިވެ ބޮނޑިވެފައިވާ ޙާލަތް. —ނއ. frizzy. ނ. frizziness.

frizzle

ފްރިޒްލް. ކ. މުރަނަ ވަންދެން ތެލުލުން.

fro

ފްރޯ. ކއ. to and fro ބަލާ to.

frock

ފްރޮކް. ނ. އަންހެނެއްގެ ހެދުން ބުރިއެއް. މި ސިފައަށް ހުންނަ ހެދުން.

frog

ފްރޮގް. ފްރާގް. ނ. 1. ފެނާއި އެއްގަމުގައި އުޅޭ ފުންމާ ކުޑަ ޖަނަވާރެއް. ބޮއް. 2. އަހުގެ ފައިގެ ދަށްފުށުގައި ހުންނަ ހަރު ބައެއް. 3. ދަބަސް ފަދަ އެއްޗެތީގައި ބޭނުންކުރާ ގޮށަކާއި ވައުކޮޅެއް ހިމެނޭ ބަންދުކުރަން ބޭނުންކުރާ އެއްޗެއް. have a frog in one’s throat އަޑު ހަލާކުވެގެން ފިސްއަޑަކުން ވާހަކަދެއްކުން.

frogman

ފްރޮގްމަން. ނ. ކަނޑުގެ އަޑީގައި މަސައްކަތް ކުރެވޭ ގޮތަށް ޚާއްޞަ ހެދުމެއްލައި، އޮކްސިޖަން ލިބޭގޮތަށާއި ފީނާ ފައިވާން ފަޔަށް ލައިގެން ފަތާ ފެތުންތެރިއެއް/ފީނާ މީހެއް.

frog-march

ފްރޮގް-މާޗް. ކ. މީހެއްގެ މުލައްދަޑީގައި ހިފަހައްޓައިގެން އޭނާ ގަދަކަމުން ކުރިއަށް ގެންދިއުން.

frolic

ފްރޮލިކް. ކ. (frolicked, frolicking) މަޖާކޮށް ރޫޙާ އެކު ކުޅެއް އުޅުން. މަރަޙަކުރުން. މަޖާ/މަޒާކުރުން. —ނ. މިފަދައަށް މަޖާކުރާ ކުރުން ނުވަތަ މުނިފޫހިފިލުވާ ކަމެއް. މަރަޙަ.

from

ފްރޮމް. ޕރޕ. އެއްޗެއްގެ ފެށުން އައި ތަނެއް ނުވަތަ ދުރުމިން އަންގައިދޭ އަކުރެއް. 1. އެއްޗެއް/ކަމެއް ފަށާތަން، ގަޑި، އިރު، އަންގައިދޭ. މ. from six o’clock, from Male’. 2. އެއްޗެއް ފެށިގެން އަންނަ ތައް ބަޔާންކުރާ. މ. water from the well. 3. ވަކިކުރުން، ހުއްޓުވުން، ރައްކާވުން، ސަލާމަތްވުން އަންގާ. މ. released from prison. .can’t refrain from laughing 4. ތަފާތު، ފަރަގު އަންގައިދޭ. މ. can’t tell red from pink. 5. ކަމެއްގެ ސަބަބު އަންގައިދޭ. މ. died from Covid-19. 6. އެއްޗެއް އުފެއްދުމުގައި ބޭނުންކުރި ބާވަތް އަންގައިދޭ. މ. rihaakuru is made from tuna. from day to day ކޮންމެ ދުވަހަކު. from time to time އިރުކޮޅެއް ވުމަށް ފަހު، އަނެއްކާ. އިރުއިރުކޮޅުން.

frond

ފްރޮންޑް. ނ. މައު ނާޅާ ކީސްފިލާ ފަދަ ގަހުގެ ފަތް ހުންނަ ނަރު. ރުކުގެ ފަން.

front

ފްރަންޓް. ނ. 1. އެއްޗެއްގެ އެންމެ މުހިއްމު، ކުރިމަތި، ބިތް ނުވަތަ އަރި. 2. ބަލާމީހާ އެންމެ ގާތުގައިވާ ފަރާތް ނުވަތަ އެއްޗެއް ދަތުރުކުރާއިރު ކުރީގައި އޮންނަ ފަރާތް. 3. ހަނގުރާމަ ހިނގާ ސަރަޙައްދު ނުވަތަ ފަރާތް. ލަޝްކަރެއްގެ އެންމެ މުހިއްމު މީހުން ތިބި ފަރާތް. 4. ބޭރު ފަރާތުން ފެންނަ ގޮތް ނުވަތަ މަންޒަރު. ސިއްރު ކަންތައްތަކެއް ކުރާއިރު، އެކަން ފޮރުވުމަށް ހާމަކުރާން ކަންކަން. 5. ފިނި ނުވަތަ ހޫނު ވައި އުޑުގައި ދަތުރުކުރާ އިރު އޭގެ ކުރިއަށް ހުންނަ އަރި. 6. ގޮނޑުދޮށުގައިވާ ގެތަކެއްގެ މޫދާ ދިމާއަށް އޮންނަ ފަރާތް. 7. ހެދުމަކުން ހަށިގަނޑުގެ ކުރިމަތީގައި އޮންނަ ބައި. 8. އިސްޓޭޖުގެ ކުރިމަތިން، ތިއޭޓަރެއްގައި ބަލާމީހުން ތިބޭ ތަން. 9. ސިޔާސީ ޖަމާޢަތަކަށް ނުވަތަ ޕާޓީއަކަށް ދޭ ނަމެއް. މ. the Patriotic Front. —ނއ. ކުރިމަތީގައި. ކުރިމަތި ފަރާތުގައި. —ކ. 1. ކުރިމައްޗަށް މޫނުލުން ނުވަތަ މުހިއްމު ފަރާތް ކުރިމައްޗަށް އަނބުރާލުން/ގެނައުން. މ. fronting the sea. 2. ނުރަސްމީ ބަހުރުވައިން ސިއްރު ޙަރަކާތްތަކަކަށް ފަރުދާއެއްގެ ގޮތުގައި ކަމެއް ހެދުން. front-bencher އިނގިރޭސިވިލާތުގެ ރައްޔިތުންގެ މަޖިލިހުގައި، އެންމެ ކުރީ ދިގު ގޮނޑިތަކުގައި އިށީނުމުގެ ޙައްޤު ލިބިގެންވާ މެންބަރެއް. މިބައިގައި ގިނައިން ތިބެނީ މިނިސްޓަރުން ނުވަތަ ‘ހިޔަނި’ މިނިސްޓަރުންނެވެ. front-runner މުބާރާތެއްގައި ކާމިޔާބުކުރާނެކަމަށް ބެލެވޭ ބައިވެރިޔާ. in front އެއްޗެއްގެ ކުރިމަތީގައި. in front of the children އެކުދީންގެ ހާޒިރުގައި.

frontage

ފްރަންޓިޖް. ނ. 1. ޢިމާރާތެއްގެ ކުރިމަތި. 2. އިމާރާތެއްގެ ކުރިމަތީގައި ހުރި ބިން.

frontal

ފްރަންޓްލް. ނއ. ކުރިމައްޗާ ގުޅިފައިވާ. ކުރިމަތިން. full frontal nudity މުޅިން އޮރިޔާން މީހެއް ކުރިމަތިން ފެންނަ ފެނުން. ކއ. frontally.

frontier

ފްރަންޓިއަރ. ނ. 1. ޤައުމެއް އިން. 2. ޢިލްމެއްގެ ޙުދޫދު؛ އެންމެ ބޮޑަށް ޢިލްމު އެނގިފައިވާ ހިސާބު.

frontispiece

ފްރަންޓިސްޕީސް. ނ. ފޮތެއްގެ އެތެރޭގައި އެ ފޮތުގެ ނަންޖަހާ ގަނޑުގައި ޖެހޭ ގޮތަށް އޮންނަ ޞަފުޙާގައި ހިމަނާ ކުރެހުމެއް ނުވަތަ ފޮޓޯއެއް.

frost

ފްރޮސްޓް. ނ. 1. މޫސުމުގެ ފިނިމިނެއް. މި ފިނިކަން އައުމުން ފެން ގަނޑުވާ ވަރަށް ވުރެ ޖައްވުގެ ފިނިކަން ގަދަވާނެއެވެ. 2. މި މިންވަރަށް ފިނިވުމުން، ތަކެތީގެ މަތީގައި ހުދު ކުޑިތަކެއްގެ ގޮތަށް އުފެދޭ ގަނޑުފެން. (ފ) ފަރާސްތު. ގަނޑުވެފައިވާ ޝަބްނަމް. 3. ނުރަސްމީ ބަހުރުވައިން ނާކާމިޔާބު. ނާއުއްމީދުވާކަމެއް. —ކ. 1. ގަނޑުފެނުގެ ތިކިތަކުން ގަސްތަކަށް ނުވަތަ އެހެން އެއްޗަކަށް ގެއްލުން ލިބުން. 2. ފްރޮސްޓް އިން ފޮރުވުން. ފްރޮސްޓިން (frosting)ބޭރުގައި ލުން. 3. ބިއްލޫރި ރާޅުކޮށްގެން (ކޮށިކޮށްގެން) އެތެރެ ނުފެންނަ ގޮތް ހެދުން. frost-bite ހަށިގަނޑުގެ އެކިބައިބަޔަށް ގަނޑުވުމުގެ ސަބަބުން ލިބޭ ގެއްލުން. frost-bitten ނއ. ގަނޑުވުމުގެ ސަބަބުން ގުނަވަނަށް އަނިޔާވެފައި.

frosting

ފްރޮސްޓިން. ނ. ކޭކުގެ މަތީގައި އުނގުޅާ އައިސިން ހަކުރު.

frosty

ފްރޮސްޓީ. ނއ. (frostier, frostiest) 1. ފްރޮސްޓް ގެ ސަބަބުން ފިނިވެފައި. 2. މީހުންނާ އެކުނުވާ، ވާހަކަ މަދު، މީހުންނާ ނުގުޅޭ. ކއ. frostily. ނ. frostiness.

froth

ފްރޮތް (ތ ކިޔާނީ ސުކުން އަޑަކުން) ނ. ފޮނު. —ކ. ފޮނުއަރާގޮތް ހެދުން. ފޮނުއެރުން. ނއ. frothy.

frown

ފްރައުން. ކ. 1. ހިތްހަމަ ނުޖެހިގެން ނުވަތަ ނުރުހުންވެގެން ނިތްކުރިއަށް ރޫ އެރުވުން. 2. ކަމަކަށް ނަފްރަތު ކުރުން. މ. they frown on gambling.

frowsty

ފްރައުސްޓީ. ނއ. ހިތްގައިމުނޫން ވަހެއް ހުރުން (މ. ކޮޓަރިއެއްގައި ސާފުވައި ނެތުމުން).

frozen

ފްރޮއުޒަން. ބަލާ freeze.

frugal

ފްރޫގަލް. ނއ. 1. އިސްރާފުނުކުރާ. އަޅާލުންތެރި އަދި އިޤްތިޞާދުކުރާ. އިޤްތިޞާދީ. 2. ދޭސީ. ބާވަތްތައް މަދު، އަގު ހެޔޮ. މ. ފްރޫގަލް ކެއުމެއް. ކއ. frugally. ނ. frugality.

fruit

ފްރޫޓް. ނ. 1. ގަހެއްގައި އަޅާ އޮށް ހުންނަ ބައި. 2. ކެއުމަށް ބޭނުންކުރާ މިބައި. މޭވާ. ފާކިހާ. 3. ކެއުމަށް ބޭނުންކުރާ ގަހެއްގެ އެހެން ވެސް އެއްޗެއް. މ. the fruits of the earth. 4. މަސައްކަތުން ނުކުންނަ، ހޯދާ ނަތީޖާ ނުވަތަ ހޯދާއުފަކާރަ. 5. ކާތަކެތި ހެދުމަށް ބޭނުންކުރާ ހިކިމޭބިސްކަދުރު ފަދަ ތަކެތި. —ކ. 1. ގަހުގައި މޭވާ އެޅުން. 2. ގަހެއްގައި މޭވާ އަޅާގޮތް ހެދުން. fruit machine ޖުވާ ކުޅޭ މެޝިނެއް. މި މެޝިނުގައި ލާރި އަޅާއި ފިއްތަކަށް ފިތާގޮތުން ފާއިސާ ގެއްލި ލިބޭގޮތް ވެއެވެ. fruit salad އެކި ބާވަތުގެ މޭވާ ކޮށައި މަސްހުނިކޮށްފައި.

fruiterer

ފްރޫޓަރަރ. ނ. މޭވާ ވިއްކާ މީހެއް.

fruitful

ފްރޫޓްފުލް. ނއ. 1. ގިނައިން މޭވާ އަޅާ. 2. ރަނގަޅު ނަތީޖާ ނުކުންނަ. ކއ. fruitfully. ނ. fruitfulness.

fruition

ފްރޫޝަން. ނ. އުއްމީދުތައް ޙާޞިލްކުރެވޭ ޙާޞިލްކުރުން. މަސައްކަތުން ނުކުން ނަތީޖާ.

fruitless

ފްރޫޓްލަސް. ނއ. އެދެވޭ ނަތީޖާއެއް ނުނުކުންނަ. ކއ. fruitlessly. ނ. fruitlessness.

fruity

ފްރޫޓީ. ނއ. (fruitier, fruitiest) 1. ރަހަ ނުވަތަ ވަސް މޭވާ އާ ވައްތަރު. 2. ނުރަސްމީ ބަހުރުވައިން ހިތްގައިމު. މ. a fruity voice. 3. މަޖާ ނަމަވެސް އެހާ އަދަބުވެރި ނޫން. ސަމާސާއާއި ހިނިއަންނަ ކަންތައްތައް ހިމެނޭ. fruity stories.

frump

ފްރަމްޕް. ނ. ހުތުރުކޮށް ހެދުން އަޅާ އަންހެނެއް. ނއ. frumpish.

frustrate

ފްރަސްޓްރެއިޓް. ކ. މީހަކު ބޭނުންވާ ކަމެއް ކުރިއަ ނުދިނުން. އޭނާގެ މަސައްކަތް ބޭކާރު ކޮށްލުން. ނާއުއްމީދު ކޮށްލުން. މާޔޫސްކޮށްލުން. ނ. frustration.

fry

ފްރައި. ކ. (fried, frying) ތެލުލުން. ތެލުގައި ނުވަތަ ސަރުބީގައި ކެއްކުން. —ނ. އާއްމުކޮށް ކުދިކޮށް ކޮށައި ތެތްލައިގެން ކައި އުޅޭ ގެރިބަކަރީގެ ބައިބައި. frying-pan ތިލަކޮށް ހުންނަ ތެލުލަން ބޭނުންކުރާ ތާސް. from the frying pan into the fire ނުބައި ޙާލަތަކުން އެއަށް ވުރެ ނުބައި ޙާލަތަކަށް. fry-pan ތެލުލާ ތާސް. fry up ކުރިން ކައްކާފައި ހުރި ތަކެތި ހޫނުކުރަން އަލުން ތެލުލުން. ނ. fry-up.

fry

ފްރައި. ނ. ކުދި ނުވަތަ އަލަށް ވިހާފައިވާ ވަރަށް ކުދި މަސް. small fry ކުދި މަސް. ކުޑަ ކުދީން. ނުމީހުން. އަގެއް މުހިއްމުކަމެއް ނެތް މީހުން.

ft

ކުރުކޮށް ފުޓް ނުވަތަ ފީޓް. foot, feet (ދިގުމިން ބަލަން ގެންގުނޭ ޖިންސެއް)

fuchsia

ފިއުޝާ. ނ. ތިރިއަށް އެލިފައި ހުންނަ މައުތަކެއް އަޅާ ގަހެއް.

fuck

ފަކް. ކ. (ހުތުރު ލަފުޒެއް) ޖިންސީ ގުޅުން ހިންގުން. —(ކުއްލިއަކަށް ބުނާ ލަފުޒެއް) ރުޅިވެރިކަން ހާމަކުރަން ނުވަތަ ބުނުމަށް ބާރުލާން ބޭނުންކުރާ ބަހެއް. —ނ. ޖިންސީ ގުޅުން ހިންގުމުގެ ޢަމަލު.

fuddle

ފަޑްލް. ކ. 1. ރަނގަޅަށް ނުވިސްނޭގޮތަށް ހާސްވުން. 2. އަމަލުވުން، ޚާއްޞަކޮށް ބަނގުރާބޮއެގެން.

fuddy-duddy

ފަޑީ-ޑަޑީ. ނއ. ނުރަސްމީ ބަހުން މިހާރުގެ ގޮތްތައް ޤަބޫލުކުރަން ދަތި. އައު ޚިޔާލުތަކަށް ޖާގަ ނުދޭ. —ނ. ނުރަސްމީ ބަހުން މިފަދަ މީހެއް.

fudge

ފަޖް. ނ. ކިރާއި ހަކުރާއި ބަޓަރު އެއްކޮށްގެން ހަދާ ފޮނި ކާއެއްޗެއް.

fudge

ފަޖް. ކ. ތެދުވެރިނޫން ގޮތަށް، އެއްޗެއް ވަރަށް ދޭސީ ގޮތަކަށް ހެދުން. ފޭކު އެއްޗެއް ހެދުން. ކަމެއްގެ ޙައްލެއް ގެންނަކަމަށް ހީވާގޮތަށް ނަމަވެސް އެދެވޭ ނަތީޖާއެއް ނުނުކުންނާނޭ ގޮތަށް ކަމެއް ކުރުން.

fuel

ފިއޫލް. ނ. 1. ތަކެތި ހޫނުކުރުމަށް، ކެއްކުމަށް ނުވަތަ ނިޔުކްލިއަރ ހަކަތަ އުފެއްދުމަށް ބޭނުންކުރާ ތެޔޮ، ދަރު، ބޯޓުދެލި ފަދަ ތަކެތި. (ސ) އިންދަނަ، އަންދާނަ. 2. ރުޅި ފަދަ ޝުޢޫރުތައް ގަދަކުރާ، ކަމެއް. —ކ. (fuelled, fuelling) އެއްޗަކަށް ފިޔުލް ފޯރުކޮށްދިނުން.

fug

ފަގް. ނ. ތަނެއް ހޫނުވެފައި ބެދިފައިވުމުން އެތަނުގައި ހުންނަ ނުސާފު ޙާލަތް. ވައިގައިވާ ނުސާފުކަން. ނއ. fuggy. ނ. fugginess.

fugitive

ފިޔުޖިޓިވް. ނ. ތަނަކުން ނުވަތަ ކަމަކުން ފިލައިގެން ރައްކާވެގެން އުޅޭ މީހެއް. ނއ. 1. ފިލައިގެން އުޅޭ. 2. އެއް ތަނަކު ހަރުނުލާ.

fugue

ފިއުގް. ނ. މިޔުޒިކު ކުޅުމުގެ ވައްތަރެއް. މި މިޔުޒިކުގައި އެކި މައުޟޫޢުތަކުގެ މިޔުޒިކު އެއްކޮށްގެން ޚާއްޞަ ތަރުތީބަކަށް ރާގުތައް ކުޅެއެވެ.

fulcrum

ފަލްކްރަމް. ނ. އޮބި އަޅާއިރު އޮބި އެނބުރޭ މަޤާމު، ތަން. މެދު.

fulfil

ފުލްފިލް. ކ. (fulfilled, fulfilling) 1. މަސައްކަތެއް، ކަމެއް ކުރުން. ކަމެއް ޙާޞިލްކުރުން. 2. މުޢާހަދާއެއް، އެއްބަސްވުމެއް ފަދަ އެއްޗެއްގައިވާ ކަންތައްތަކެއް ފުއްދުން. ޝަރުޠުތަކެއް ފުރިހަމަކުރުން. 3. ކުރިން ވާނެކަމަށް ބުނެފައިވާ ކަމެއް ކުރުން. ނ. fulfilment. fulfil oneself / be fulfilled (މީހުންނާ މެދު) މީހެއްގެ ކިބައިގައި ހިމެނޭ ހުނަރާއި ފަންނުވެރިކަން ފުރިހަމައަށް ކުރިއަރުވައި، ތަރައްޤީކޮށް ފައްކާކުރުން.

full

ފުލް. ނއ. 1. އިންތަކާ ހަމައަށް ތަކެތި ހުރި. ފުރިފައިވާ. 2. އެއްޗެތިތައް ގިނަ. ތޮއްޖެހިފައި. ސިފައެއް ހާމަކުރާ މ. full of vitality ދިރުމުން/ފޯރިން ފުރިފައިވާ. 3. ކަމެއްގެ ފިކުރުން ފުރިފައިވާ. މ. full of news, full of himself. އެކަމާ މެދު ވާހަކަ ދެއްކުން ނުހުއްޓާލެވޭ. 4. ހިތް ފުރެންދެން (ބަނޑުބޮޑުވަންދެން) ކެވިފައި. މ. ate till he was full. 5. ގިނައިން. ހުރިހާ. މ. give full details ހުރިހާ ތަފްޞީލުތަކެއް ދޭށެވެ. 6. ފުރިހަމަވެފައި. ކަމެއް ވަކި ހައްދަކަށް، އާދަކޮށް ކުރާ ވަރަށް، ފުރިހަމަ ހިސާބަށް ނިމިފައި. މ. in full bloom ފުރިހަމައަށް ފޮޅިފައި. waited a full hour = ފުރިހަމަ ގަޑިއެއް އިރު މަޑުކުރިން. 7. ފަލަ، ވަށް. މ. މީހެއްގެ ސިފައާ މެދު: a full figure. 8. (ހެދުމާ ބެހޭ ގޮތުން) ވަރަށް ހަށިގަނޑަށް ދޫކޮށް. 9. (އަޑާ މެދު) ފުން، މަޑު އަދި ހިތްގައިމު. —full ނއ. 1. ފުރިހަމައަށް، އެއްކޮށް. 3. ސީދާ. މ. hit him full on the nose. —ކއ. fully. ނ. fullness. full age ބޮޑު މީހެއްގެ ޒިންމާތަކާއި ޤާނޫނީ ޙައްޤުތައް ލިބޭ އުމުރު. full back ފުޓުބޯޅަ ފަދަ ކުޅިވަރުގައި ގޯލް އާ އެންމެ ކައިރިން ދިފާޢުކުރާ މީހާ. full-blown ފުރިހަމައަށް ބޮޑުވެފައި، ފުރިހަމަވެފައި. full-blooded ޙަރަކާތްތެރި، ރޫހު ހުރި. ޖަޒުބާތީ. full board (ހޮޓަލެއް ފަދަ ތަނަކާ މެދު) ނިދާނެ އެނދާއި ހުރިހާ ކެއުމެއް ދޭ. full brothers އެއްބަނޑު އެއްބަފާ ބޭބެއިން. full face ކުޅުން ތެރިންނާ ދިމާއަށް އެންމެންގެ މޫނު ލައިގެން. full marks އިމްތިޙާނަކުން އެންމެ މައްޗަށް ލިބޭ މާކުސް. full moon ފުރިހަމަ ހަނދު. މިކަން ވާ ދުވަސް. full-scale ނއ. ފުރިހަމަ، އަޞްލު ސައިޒުގައި. ކުޑަކޮށްފައެއް އަދި ބޮޑުކޮށްފައެއް ވެސް ނޫން. full-speed ahead އެންމެ އަވަސް މިނުގައި މަސައްކަތް ކުރުމަށް ކުރާ އަމުރެއް. full stop ޖުމުލައެއް ނިންމަން ލިޔުމުގައި ބޭނުންކުރާ ތިކި. ނުކުތާ. came to a full stop މުޅީން ހުއްޓުން އެރުން. ކުރިއަށް ނުދެވުން. full time މަސައްކަތު މުޅި ދުވަހު ނުވަތަ ހަފުތާ. ފުޓުބޯޅަ މެޗެއްގެ ނިމުން. full-time މުޅި މަސައްކަތު ދުވަހު. ނުވަތަ މުޅި މަސައްކަތު ހަފުތާގައި. full-timer މުޅި މަސައްކަތު ހަފުތާގައި ވަޒީފާ އަދާކުރަން ހަމަޖައްސާފައިވާ މުވައްޒަފެއް. in full އެއްވެސް ބާކީއެއް ނުބަހައްޓައި، މުޅީން. އެއްކޮށް. މ. paid in full. in the fullness of time ކަނޑައެޅިފައިވާ، މިންވަރުކުރައްވާފައިވާ ވަގުތުގައި. to the full މުޅީން. ފުރިހަމައަށް.

fuller

ފުލަރ. ނ. ކެހެރިން އަލަށް ވިޔުނު ފޭރާން ސާފުކޮށް ބޯކޮށް ހަދާ މީހާ. fuller’s earth މިކަމަށް ބޭނުންކުރާ މައްޓެއް.

fulmar

ފުލްމަރ. ނ. ގަދަ ފިނީގައި އުޅޭ ހުދާއި އަޅި ފަތް ހުންނަ ދޫންޏެއް.

fulminate

ފުލްމިނެއިޓް. ކ. ވަރަށް ހަރުކަށިކޮށް ކުށްދެއްކުން. އަޑުގަދަކޮށް ކަމަކާ ދެކޮޅު ހެދުން. ނ. fulmination.

fulsome

ފުލްސަމް. ނއ. މީހަކަށް ނުވަތަ ކަމަކަށް އާދަޔާ ޚިލާފުބޮޑަށް މަދަޙަ ސަނާ ކިޔާ ނުވަތަ ޚުޝާމަދުކުރާ. [މި ލަފުޒު “ބޮޑަށް” މި މާނައިގައި ބޭނުންކުރުމަކީ އަދަބީ ކުށެކެވެ.]

fumble

ފަމްބްލް. ކ. 1. އެއްޗެއްގައި އުނދަގޫ ދަތިގޮތަކަށް ހިފުން. 2. ހިފާނެ ތަނެއް ނޭނގިގެއް އަތް އުނގުޅާ ހެދުން. މ. އަނދިރީގައި.

fume

ފިއުމް. ނ. 1. ގަދައަށް ވަސްދުވާ ދުން ނުވަތަ ގޭސް. —ކ. ކެމިކަލް ފިއުމް ބޭނުންކޮށްގެން ލަކުޑީގައި ކުލަ ޖެއްސުން. 2. ފިއުމު ނުކުތުން ނުވަތަ ނުކުންނަ ގޮތް ހެދުން. 3. ގަދައަށް ރުޅި އައުން.

fumigate

ފިއުމިގެއިޓް. ކ. ދުން ނުވަތަ ކެމިކަލް ގޭސް ބޭނުންކޮށްގެން އެއްޗަކުން ނުވަތަ ތަނަކުން ސޫފި، ފަނިފަކުސަ މެރުން. ނ. fumigation.

fun

ފަން. ނ. 1. ނަފުސު އުފާވާ ކަމެއް. މަޖާކަމެއް. މަޖާ. (ސ) ވިނޯދާ. 2. މި ޝުޢޫރުގެނުވާ ކަމެއް. like fun ނުރަސްމީ ބަހުރުވައިން ވަރަށް ބޮޑަށް. ގަދައަށް. make fun of މީހެއް ނުވަތަ އެއްޗެއް ހުރި ގޮތުން އެއާ މެދު މީހުން ހެއްވުން.

function

ފަންކްޝަން. ނ. 1. މީހެއް ނުވަތަ އެއްޗެއް ޚާއްޞަ ކުރެވޭ ބޭނުން ނުވަތަ ކަން ނުވަތަ ދައުރު. ވަޒީފާ. މ. ފޯރިމަރާ މީހުންގެ ފަންކްޝަން އަކީ ތަނަކަށް ފާރަވެރިވުން. ގިނަފަތީގެ ފަންކްޝަންއަކީ ދެލިބުރިބުރީގައި ހިފުން. 2. މުހިއްމު ރަސްމިއްޔާތެއް ނުވަތަ އިޖްތިމާޢީ އިޙްތިފާލެއް. 3. ކޮމްޕިއުޓަރެއްގެ ނުވަތަ އެހެންވެސް މެޝިނެއްގެ މުހިއްމު މަސައްކަތް ނުވަތަ ކުރާކަން. އެއްޗެއް މަސައްކަތް ކުރާ ގޮތް. 4. ހިސާބުގައި އެހެން އެއްޗެއް ބަދަލުވުމާ ގުޅިގެން، މިވެސް ބަދަލުވާ އެއަށް މީގެ ބޮޑުކުޑަމިން ބިނާވެގެންވާ މިންވަރެއް.

functional

ފަންކްޝަނަލް. ނއ. 1. ފަންކްޝަން އަކަށް ނިސްބަތްވާ. 2. ޒީނަތުގެ ކަންތައްތައް ގިނައިން ނުހިމަނައި، ހަމައެކަނި ކުރާ ބޭނުން ސާދާކޮށް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ. ކއ. functionally.

functionary

ފަންކްޝަނަރީ. ނ. އޮފިޝަލެއް. ރަސްމީ ކަމެއް ކުރާ މީހެއް.

fund

ފަންޑް. ނ. 1. ވަކި ކަމަކަށް ކަނޑައަޅާފައިވާ ފައިސާ. (ސ) އަރަމުދާ. 2. އެއްކޮށްފައިވާ ވަސީލަތް، ތަކެތި. މ. a fund of jokes. —ކ. ކަމަކަށް ފައިސާ ހޭދަކުރުން.

fundament

ފަންޑަމަންޓް. ނ. 1. ޚިޔާލެއް ފިކުރެއް އޭގެ މައްޗަށް ބިނާކޮށްފައިވާ އެންމެ މުހިއްމު ނަޒަރިއްޔާތަކާއި ޙަޤީޤަތްތައް. އިންސާނުން ބަދަލެއް ނުގެނެސް ސަރަޙައްދެއް އޮތް އިރު ބިން އޮތް ގޮތް. 2. ފޫކޮޅު.

fundamental

ފަންޑަމެންޓަލް. ނއ. 1. މާއްދާއެއް ފަދަ އެއްޗެއްގެ ބިންގާ. އަސާސްތައް. ޚިޔާލުތައް ބިނާކުރާ އަޞްލު. (ސ) މޫލިކަ. 2. ވަރަށް މުހިއްމު. ކޮންމެހެން ބޭނުން. ކއ. fundamentally. ނ. fundamentals އަސާސީ އުސޫލުތައް، ތަރަހަތައް. މުހިއްމު ޙަޤީޤަތްތައް.

fundamentalism

ފަންޑަމެންޓަލިޒަމް. ނ. ދީނީ ކަންކަމުގައި، އެންމެ ކުރީގެ ގޮތްތައް ހަރޮށިކަމާއެކު ހިފަހައްޓާ ހިފެހެއްޓުން. އިންޖީލުގައިވާ ދުނިޔެ އުފެދުނު ގޮތާއި އެހެން ތާރީޚީ ކަންކަމަކީ ތެދު ޙަޤީޤީ ކަންކަން ކަމަށާއި އިންޖީލުގެ ލަފުޒީ މާނަ ތެދުކަމަށް ޤަބޫލުކުރުމަކީ ނަޞާރާދީނުގެ އަސާސްތައްކަމަށް ބަލާ ބެލުން. ނ. fundamentalist.

funeral

ފިޔޫނަރަލް. ނ. 1. މީހަކު މަރުވުމުން ވަޅުލުމުގެ ނުވަތަ އަންދާލުމުގެ ރަސްމިއްޔާތު. ޖަނާޒާ. 2. މިކަމާ ގުޅިފައިވާ ރެސް. 3. ނުރަސްމީ ބަހުރުވައިން ހިތްގައިމުނޫން ޒިންމާއެއް ނުވަތަ ކަމެއް. މ. that is your funeral.

funerary

ފިޔޫނަރަރީ. ނއ. ޖަނާޒާއެއްގައި ބޭނުންކުރާ. ޖަނާޒާ އާ ގުޅޭ.

funereal

ފިޔުނެރިއަލް. ނއ. ޖަނާޒާއާ ގުޅޭ. ޖަނާޒާއެއްގައި ބޭނުން ކުރާ.

fun-fair

ފަން-ފެއަރ. ނ. ކުޅިވަރާއި ތަފާތު މުނިފޫހިފިލުވުމުގެ ކަންތައްތައް ހިމެނޭ ކާނިވަލެއް.

fungicide

ފަންޖިސައިޑް. ނ. ފަންގަސް މަރާ ބޭހެއް ނުވަތަ އެހެންވެސް އެއްޗެއް. ނއ. fungicidal.

fungoid

ފަންގޮއިޑް. ނއ. ފަންގަސް އާ ވައްތަރަށް.

fungous

ފަންގަސް. ނއ. ފަންގަސް އާ ވައްތަރަށް.

fungus

ފަންގަސް. ނ. (ގިނަ ނަމަ fungi) ފޫ އާއި ހަންޑިކުޑައިގެ ވައްތަރުތަކާއި ބިންމަލާއި މިފަދަ މައު ނާޅާ، ފަތްނުހުންނަ ކުނިވަމުން، ފީވަމުން، ހަލާކުވަމުންދާ ތަކެތީގައި އުފެދޭ ދިރުން ހުރި އެއްޗެއް. (ސ) ދިލީރަ.

funicular

ފިއުނިކުލަރ. ނ. ވަރަގަދަ ވަލަކުން ދަމާ އުސްތަންތަނަށް އަރުވާ ރޭލެއް. ފަރުބަދަ މަތީގެ އުސް ތަންތަނަށް ރޭލު ދަތުރުކުރަނީ މިގޮތަށެވެ.

funk

ފަންކް. ނ. 1. ނުރަސްމީ ބަހުރުވައިން ބިރު. 2. ޖެހިލުންވާ މީހެއް. —ކ. ބިރުގަންކަން ހާމަކުރުން. ބިރުގަތުމާއެކު ޖެހިލުންވުން.

funky

ފަންކީ. ނއ. ނުރަސްމީ ބަހުރުވައިން 1. (ޖާޒް އާ މެދު) ޖަޒުބާތީ، ސާދާ، މުރައްކަބް ނޫން. 2. (ހެދުން އެޅުން) އާދަކާދައާ ތަފާތުކޮށް، އާ ފެޝަންއަކާ އެއްގޮތަށް ހެދުން އަޅާ. 3. ގަދަ ވަހެއް ހުރި.

funnel

ފަނަލް. ނ. 1. އަނގަ ކުދި ތަކެއްޗަށް ދިޔައާއި ކުޑި އެޅުމަށް އެއްކޮޅު ފުޅާކޮށް ހަދާފައިވާ ހޮޅިބުރިއެއް. ދޯރި. 2. ބޯޓުގައި ހުންނަ ދުން ހޮޅި. —ކ. (funnelled, funnelling) ހަނި މަގަކުން ނުވަތަ ދޯރިއަކުން ދިއުން.

funny

ފަނީ. ނއ. (funnier, funniest) 1. ހެއްވާ. މަޖާ ގެނުވާ. 2. ހައިރާންކުރުވާ. ބުނެދޭން ދަތި. 3. ނުރަސްމީ ބަހުރުވައިން ބަލިވެ ކުޑަކޮށް ހަމަނުޖެހޭ. ކއ. funnily. funny-bone އެތަނުގައި ޖެހުމުން ވަރަށް އަސަރުކުރާ ނާޒުކު ނާރެއް ހިމެނޭ އުޅަބޮށީ ތަންކޮޅެއް. funny business މަކަރު.

fur

ފަރ. ނ. 1. މުސަޅު ފަދަ ޖަނަވާރުގައި ހުންނަ ހިމަ މަޑު އިސްތަށި. ކެހެރި. 2. ކޯޓު، ހެދުން، ދަބަސް ފަދަ ތަކެތި ހެދުމުގައި ބޭނުންކުރާ ކެހެރި ހުރި ޖަނަވާރުގެ ހަން. 3. މިފަދަ ހަންގޮތަށް ހަދާފައި ހުންނަ ފޭރާން. 4. މިފަދަ ހަމުން ހަދާފައި ހުންނަ ކޯޓު ފަދަ ހެދުން، ލިބާސް. 6. ލޮނު ފެނުން، ހޮޅިތަކާއި ސައިކުރާ ފަދަ ތަކެތީގެ އެތެރޭގައި ޖަހާފައި ހުންނަ ހުދުކުލައިގެ ކުނޑި. —ކ. (furred, furring) ބޭރުފުށުގައި ކެހެރިހަން ޖެހުން ނުވަތަ ޖެއްސުން.

furbelows

ފާބެލޯސް. ނ. ރީއްޗަށް ޒީނަތްތެރިކުރަން ހެދުން ފަދަ ތަކެތީގައި ރޫޖައްސާފައި ހަރުކުރާ ފޮތި، ރިބަން ފަދަ އެއްޗެތި. މ. frills and furbelows.

furbish

ފާބިޝް. ކ. އޮފުއެރުވުން. ޕޮލިޝްކުރުން. ސާފުކޮށް އާބާތުރަފިލުވުން.

furious

ފިއުރިއަސް. ނއ. 1. ރުޅީން ފުރިފައި 2. ގަދަބާރާއެކު. މ. furious storm. ގަދައަށް. ކއ. furiously.

furl

ފާރލް. ކ. (furled, furling) އޮޅާލައި، ލައްޕައި، ހަރުކުރުން. މ. ދިދައެއް، ދިދައެއް، ކުޑައެއް.

furlong

ފާރލޯންގ. ނ. މޭލެއްގެ އަށްބައިކުޅަ އެއްބައި. 220 ގަޒު.

furlough

ފާރލޮއު. ނ. ވަޒީފާގައި އުޅޭ މީހުންނަށް، ޚާއްޞަކޮށް އަސްކަރީންނަށް ދޭ (ގެއަށް ދިއުމުގެ) ޗުއްޓީ. ފައިސާ ނެތުމުގެ ސަބަބުން ކުންފުންޏަކުން ވަގުތީ ގޮތުން މުވައްޒަފަކަށް ދޭ މުސާރަ ނުލިބޭ ޗުއްޓީ.

furnace

ފާނިސް. ނ. 1. ގޭގެ ކޮޓަރިތައް ހޫނުކުރުމަށް ހޫނު ފެން ހޮޅިތަކުން ފޮނުވަން، އެ ފެން ހޫނުކުރާ ކަންވާރެއް. އިންޖީނަށް ބޭނުންވާ އާވި އުފައްދާ ކަންވާރެއް. 2. މަޢުދަން ވިރުވުމަށް ނުވަތަ ބިއްލޫރި އުފެއްދުމަށް، އެތަކެތި ހޫނުކުރާ ކަންވާރެއް. ތަނޫރު. (ސ) އުނދުން. (ޢ) ފުރްން.

furnish

ފާނިޝް. ކ. 1. ގެއަކަށް ނުވަތަ ކޮޓަރިއަކަށް ފަރުނީޗަރާއި ދޮރުފޮތި ފަދަ އެއްޗެތި ލައި ފުރިހަމަ ކުރުން. 2. އެއްޗެތި ފޯރުކޮށްދިނުން.

furnishings

ފާނިޝިންގްސް. ނ. ގެއެއްގެ ނުވަތަ ކޮޓަރިއެއްގެ ފަރުނީޗަރާއި ދޮރުފޮއްޗާއި މިފަދަ އެތަނުގައި އުޅުމަށް ކޮންމެހެން ބޭނުންވާކަމަށް ބެލެވޭ ތަކެތި.

furniture

ފާނިޗަރ. ނ. ގެއެއް، ކޮޓަރިއެއް ފަދަ ތަނަކަށް ބޭނުންވާ އެނދު، މޭޒު، ގޮނޑި ފަދަ އެއްތަނުން އަނެއް ތަނަށް ގެންދެވޭ ތަކެތި.

furore

ފިޔުރޯރި. ފިއުރޮރ. ނ. ކުއްލިއަކަށް ހާމަވެގެންދާ ގަދަ ރުޅި ނުވަތަ ރުހުމާއި ޤަދަރުދިނުމުގެ ޝުޢޫރުތައް.

furrier

ފަރިއަރ. ނ. ކެހެރިހުރި ހަމުން ތަކެތި އުފައްދާ ނުވަތަ ވިއްކާ މީހެއް.

furrow

ފަރޯ. ނ. 1. ބިންގަނޑު ޖަހަން އެއްޗެއް ދެމުމުން ބިމުގައި ދެމޭ ހަނި ދިގު ކޯރު. 2. ކަނޑާނަގައިގެން ނުވަތަ އެހެންވެސް ގޮތަކަށް ހެދިފައި އެކި އެއްޗެތީގައި ހުންނަ އަޑި ރޮނގު. މޫނުގައި ނުވަތަ އެހެންވެސް ގައިގެ ތަނެއްގައި ހުންނަ ފުން ރޫ. —ކ. މިފަދަ ރޫ ޖެއްސުން ނުވަތަ ޖެހުން.

furry

ފަރީ. ނއ. (furrier, furriest). 1. ކެހެރިއާ ވައްތަރު. ކެހެރިހެން ހުރި. 2. ކެހެރިފަދަ އެއްޗަކުން ބޭރު ފޮރުވިފައިވާ.

further

ފާރދަރ. ނއ. ކއ. 1. ވަގުތުގެ ގޮތުން ނުވަތަ ދުރުމިނުގެ ގޮތުން އެއްޗަކާ އަޅާބަލާއިރު ދުރުގައި. 2. ކުރިއަށް ވުރެ، ދުރުގައި، އިތުރަށް. ކުރިއަށް ވުރެ ބޮޑަށް. މ. shall inquire further އިތުރަށް ސުވާލުކުރާނަން. —ކ. އެއްޗެއްގެ ނުވަތަ ކަމެއްގެ ކުރިއެރުމަށް އެހީތެރިވުން. މ. further someone’s interests. further education މަދަރުސާ އަށް ދާ އުމުރަށް ވުރެ ދޮށީ މީހުންނަށް ދޭ ރަސްމީ ތަޢުލީމު.

furtherance

ފާދަރަންސް. ނ. ކޮންމެވެސް މީހެއްގެ މަޞްލަޙަތުކުރިއެރުވުމުގެ ޢަމަލު.

furthermore

ފާރދަރމޯ. ނ. އަދި އިތުރަށް. ކުރިއަށް ވުރެ އިތުރަށް.

furthermost

ފާރދަމޯސްޓް. ނއ. އެންމެ ދުރުގައި.

furthest

ފާދިސްޓް. ފާދަސްޓް. ނއ. އެންމެ ދުރު. —ކއ. އެންމެ ދުރަށް. އެންމެ ދުރުގައި.

furtive

ފާރޓިވް. ނއ. (މީހުންނާއި ކަންކަމާ މެދު) ސިއްރުވެރިކޮށް ކަމެއް ފޮރުވަން ނުވަތަ ތެދުވެރިނޫންގޮތަށް. ސަމާލުކަން ނުލިބޭނޭ ގޮތަށް. މ. She glanced furtively at the papers on his desk. އޭނާގެ މޭޒުމަތީގައިވާ ކަރުދާސްތަކަށް އެކަނބުލޭގެ ސިއްރުން، ފާހަގަނުވާގޮތަށް ކަޅިއެއް އެއްލިއެވެ. ނ. furtiveness.

fury

ފިއުރީ. ނ. 1. ގަދަ ރުޅި. ގަދަކޯފާ. 2. ޠޫފާނެއް، ކެރިއެއް ފަދަ ކަމެއްގެ ގަދަކަން. 3. ވަރަށް ގަދައަށް ރުޅިއައިސްފައިވާ މީހެއް، ޚާއްޞަކޮށް އަންހެނެއް. like fury ނުރަސްމީ ބަހުރުވައިން ވަރަށް ގަދައަށް. ގަދަ ޝުޢޫރާއެކު.

furze

ފާރޒް. ތިރިކޮށް ވަލުތެރޭ ހެދޭ ކަށި ހުންނަ ރީނދޫ މަލެއް އަޅާ ގަހެއް.

fuse

ފިއޫޒް. ކ. (މަޢުދަން، ކަށި، މުއައްސަސާތަކާ މެދު) އެކައްޗަކަށް އެކުވުން، އެކަތިގަޑަކަށް މެކުން.

fuse

ފިއޫޒް. ނ. އިލެކްޓްރިކް ސާކިޓްތަކުގައި ބޭނުންކުރާ، ގަދަ ކަރަންޓެއް އެއިން ދަތުރުކުރާނަމަ ހޫނުވެގެން ވިރި ކަރަންޓު ކެނޑޭގޮތަށް ހަދާފައި ހުންނަ ހިމަ ނަރުކޮޅެއް ހިމެނޭ އެއްޗެއް. —ކ. 1. ފިއޫޒް އެއް ހަރުކުރުން. 2. ފިއޫޒް ވިރިގެން ކަރަންޓު ދަތުރުކުރުން ހުއްޓުން. fuse-box ކަރަންޓު ފިއޫޒްތައް ލާފައި ހުންނަ ކުޑަ ފޮއްޓެއް.

fuse

ފިއޫޒް. ނ. ބޮމެއް ގޮއްވާލުމަށް ނުވަތަ ފަޓާހެއް ގޮއްވާލުމަށް ބޭނުންކުރާ ފީތާ ނުވަތަ އެތި. —ކ. ފިއޫޒް އެއް ގޮވާ އެއްޗެއްގައި ހަރުކުރުން. ބަލާ fuze.

fuselage

ފިއޫޒްލާޖް. ނ. މަތިންދާބޯޓެއްގެ މީހުންނާއި މުދައު އަރުވާ ބައި.

fusible

ފިއޫޒިބްލް. ނއ. ފަސޭހައިން ވިރިގެންދާ. ފަސޭހައިން އެކުވާ.

Fusiliers

ފިއުޒިލިއާރޒް. ނ. އިހުގެ ބައެއް ލަޝްކަރުތަކުގައި، ބަނޑި ދީފައި ފައިމަގުގައި އުޅޭ އަސްކަރީންގެ ފައުޖެއް.

fusillade

ފިއުޒިލޭޑް. ނ. 1. އެއްފަހަރާ ނުވަތަ ހުއްޓުމެއް ނެތި ބަޑިޖެހުން. 2. ކުއްލިއަކަށް ގިނަ ސުވާލުތަކެއް ކުރުން. ގިނައިން ކުއްލިއަކަށް ކުށް ދައްކަން ފެށުން. މިފަދަ މި ނޫންވެސް ކަމެއް ކުރުން.

fusion

ފިއުޜަން. ނ. 1. އެކި ބައިތައް މެކުވެ އެކަތިގަޑަކަށް ވާ ޢަމަލު. 2. ދެ ނުވަތަ ގިނަ އެޓަމް އެއްވެ އެހެން އައު ބާވަތެއްގެ އެޓަމް އެއް ހަކަތަ އުފައްދަމުން އެކުވާ އެކުވުން.

fuss

ފަސް. ނ. 1. ކަމަކާ ދޭތެރޭ ނޭކަށޭނެ މިންވަރަށް އަރާ ފޯރި، ރުޅި ނުވަތަ ހާސްކަން. ހާމަކުރާ މި ފަދަ ޝުޢޫރުތައް. 2. ކަމަކާ މެދު ގަދައަށް ކުރާ އިޢުތިރާޟް. —ކ. މިފަދަ ގޮތަށް ޢަމަލުކުރުން. ކުދި ކަންތައްތަކާ މެދު މީހަކަށް ގިނައިން ޝަކުވާކުރުން. fuss-pot ކުދި ކަންތައްތަކާ ގުޅިގެން އަބަދު ޝަކުވާކުރާ މީހެއް. make a fuss ގަދައަށް ޝަކުވާކުރުން. make a fuss over/of މީހަކަށް/ކަމަކަށް ނޭކަށޭނެ ވަރަށް ސަމާލުކަން ނުވަތަ ރުހުން ހާމަކޮށް ކަންތައްތައް ކުރުން.

fussy

ފަސީ. ނއ. (fussier, fussiest) 1. ކަންކަމާ މެދު ގިނައިން ޝަކުވާކުރާ. 2. ތަފުސީލުތަކާއި ޒީނަތުގެ ބޭނުމެއްނެތް ކަންތައްތައް ގިނަ. ކއ. fussily. ނއ. fussiness.

fusty

ފަސްޓި. ނއ. (fustier, fustiest) 1. (ކޮޓަރިއަކާ މެދު) ވައި ބަންދުވެ، ފިނި ހިފުމުގެ ސަބަބުން ނުބައި ވަސްދުވާ. 2. ވަރަށް ބޯދާ ޚިޔާލުގެ. ނ. fustiness.

futile

ފިއުޓައިލް. ނއ. އެއްވެސް އެދެވޭ ނަތީޖާއެއް ނުނުކުންނަ. ބޭނުމެއް ނެތް. ބޭކާރު. (ފ) ބީހޫދާ. ނ. ފިއުޓިލިޓި. futility.

future

ފިޔުޗަރ. ނއ. މިހާރު ފާއިތުވުމުން އަންނަން އޮތް ވަގުތަށް ނިސްބަތްވާ. މުސްތަޤްބަލް. ކުރިމަގު. (ފ) އާޔަންދާ. —ނ. މުސްތަޤްބަލްގެ ވަގުތާއި ޙާލަތާއި ހާދިސާތައް. މ. there is no future in it. ކުރިއަށް ދިއުމުގެ ފުރުޞަތެއް ނެތް. future life މަރުވުމަށް ފަހު އުޅޭ އުޅުން. in future މިހާރުން ފެށިގެން ކުރިއަށް. ދެން.

futuristic

ފިޔުޗަރިސްޓިކް. ނއ. ފެންނަ ފެނުމުގައި ބީރައްޓެހި، ވަރަށް ޒަމާނީ. އަންނަން އޮތް ޒަމާނުގެ ކަމަކާ ވައްތަރު. މުސްތަޤްބަލަށް ރަނގަޅު. އާދަކާދައާ ތަފާތު.

futurity

ފިއުޗަރިޓީ. ނ. މުސްތަޤްބަލްގެ ވަގުތު. މުސްތަޤްބަލް.

fuze

ފިއޫޒް. ނ. 1. ބޮމެއް ގޮވާނޭ ވަގުތު ކޮންޓްރޯލްކުރާ އިލެކްޓްރޮނިކް ނުވަތަ ސޯބުފަދަ ތަކެތި ހިމެނޭ އެއްޗެއް. —ކ. ބޮމެއްގައި ފިއޫޒްއެއް ހަރުކުރުން.

fuzz

ފަޒް. ނ. 1. ކިފުޅި. ފޮތިން ނުވަތަ އެހެންވެސް އެއްޗަކުން އުފެދޭ ކިފުޅި ފަދަ ކުޑި. 2. ނުރަސްމީ ބަހުރުވައިން ފުލުހުން.

fuzzy

ފަޒީ. ނއ. (fuzzier, fuzziest) 1. ކިފުޅި ކުޑި ފަދަ. މިފަދަ އެއްޗެއް ބޭރުގައި ލެވިފައިވާ. އެކި ދިމަދިމާއަށް ފަޅާފައިވާ އިސްތަށި ފަދައިން ކުރު ކެހެރިހުރި އޮމާން ނޫން. 2. ސާފު ނޫން. ފެންނަ އެތީގެ ސިފަ ރަނގަޅަށް ބުނެދޭން އެނގޭވަރަށް ވުރެ ނުސާފު. ކއ. fuzzily. ނ. fuzziness.