diphtheria

ޑިފްތީރިއާ. ނ. ކަރުގެ އެތެރޭ ހަންގަނޑު ދުޅަވާ، ގައިން ގަޔަށް އަރާ ބައްޔެއް.

diphthong

ޑިފްތޯންގ. ނ. ޖެހިޖެހިގެންވާ ދެ ފިލި. މ. އައިބައިފިލި. އައުބައު ފިލި.

diploma

ޑިޕްލޮމާ. ނ. ކޮލެޖަކުން ފަދަ ކިޔަވައިދޭ ތަނަކުން ކޯހެއް ފުރިހަމަކުރުމުން ދޭ ސަނަދު.

diplomacy

ޑިޕްލޮމެސީ. ނ. 1. ބައިނަލްއަޤްވާމީ ގުޅުންތައް ހިންގުން. މިކަމުގެ ހުނަރު. 2. ޙައްސާސް މައްސަލަތަކުގައި މީހުންނާ މުޢާމަލާތް ކުރުމުގައި ގެންގުޅޭ ތަދްބީރާއި ބަރާޢަތް.

diplomat

ޑިޕްލޮމެޓް. ނ. 1. ޚާރިޖިއްޔާ އާ ބެހޭ ޚިދުމަތުގައި އުޅޭ މީހެއް. 2. މީހުންނާ މުޢާމުމަލާތްކުރުމުގެ ހުނަރު ހުރި މީހެއް.

diplomatic

ޑިޕްލޮމެޓިކް. ނއ. 1. ޤައުމެއްގެ ޚާރިޖިއްޔާގައި އުޅޭ މީހުންނަށް ނިސްބަތްވާ. ޑިޕްލޮމެސީއަށް ނިސްބަތްވާ. 2. މުޢާމަލާތްކުރުމުގައި އަދަބު ހުރި. މ. ޑިޕްލޮމެޓިކް ޖަވާބެއް. ކއ. diplomatically.

dipper

ޑިޕަރ. ނ. 1. އަޑިއަށް ފީނާ ދޫންޏެއް. 2. އުނދުޅި.

dipso

ޑިޕްސޯ. ނ. ނުރަސްމީ ބަހުރުވައިން ޑިޕްސޮމޭނިއަކް.

dipsomania

ޑިޕްސޮމޭނިއާ. ނ. ރަލަށް ދެވިހިފުމުގެ ޖިސްމާނީ ބަލި. dipsomaniac. ބަނގުރަލަށް ދެވިހިފާފައިވާ މީހެއް.

dire

ޑަޔަރ. ނއ. 1. ރަހީބު. އިންތިހާއަށް ސީރިއަސް ނުވަތަ އަވަހަށް ބޭނުންވާ. 2. ވަރަށް ނުރައްކާ. ބޮޑު ގެއްލުމެއް ކުރިމަތިކޮށްފާނެ.

direct

ޑިރެކްޓް. ނއ. 1. ސީދާ. ކަތިކޮށް، ގުދަކަށް ނޫން. އަދި ނުސީދާކޮށް ތަނެއް ވަށައިލައެއް ނޫން. މ. ޑިރެކްޓް މަގު. 2. އެއްވެސް އެއްޗެއް ދެމެދުގައި ނުވާ. މ. ޑިރެކްޓްކޮށް ނަރު ހަރުކުރުން. ޑިރެކްޓް ޓެކްސް = އާމްދަނީއިން ނަގާ ޓެކްސް. މުދަލާއި ޚިދުމަތްފަދަ ނުސީދާގޮތުން ނަގާ ޓެކްހެއްނޫން. 3. ތެދު، އޮޅުމެއް ނެތި. އިތުރު ވާހަކަތަކެއް ނެތި ސީދާ މައުޟޫޢުއަށް ދާ. މ. ޑިރެކްޓް ޖަވާބެއް ދިނުން. 4. ބަރާބަރު، ފުރިހަމަ. ޑިރެކްޓް އިދިކޮޅު = ސީދާ އިދިކޮޅު. —ކއ. ސީދާ މަގުން. މ. ކޮޅުބަށް ދިޔައީ ޑިރެކްޓްކޮށް. —ކ. 1. މީހަކަށް ކަމެއް ކުރާނެ ގޮތް ދެއްކުން ނުވަތަ މަގު ދެއްކުން. 2. ސިޓީއެއް ޕާރުސަލެއް ފަދަ އެއްޗެއް އެޑްރެސްކުރުން. 3. ވަކި އަމާޒަކަށް ނުވަތަ މަޤްޞަދަކަށް ދިމާކުރުން. 4. ކޮންޓްރޯލްކޮށް ހިންގުން. މ. ފިލްމެއް ނަމަ، ކެމެރާކުރުމާއި ތަމްސީލު ހިންގުން. 5. އަމުރުކުރުން. އޯޑަރުކުރުން. ނ. directness. direct access މެދުވެރިއެއް ނެތި. direct current ޑީސީ (އެއްކޮޅަށް ދަތުރުކުރާ ކަރަންޓް). direct debit ހުއްދައާއެކު ފައިސާ ދައްކަން ޖެހޭ ފަރާތަކަށް ބޭންކުން އަމިއްލަ އެކައުންޓްއިން ފައިސާ ދައްކައިދިނުން.

direction

ޑިރެކްޝަން. ނ. 1. މަގުދެއްކުން، މިސްރާބުކުރުން، އަމާޒުކުރުން، ސީދާކުރުން، އިރުޝާދު ދިނުން، ހިންގުން ފަދަ ކަންކަމުގެ ޢަމަލު 2. އެއްޗެއް ޙަރަކާތް ކުރާ މަގު ނުވަތަ ދިމާ. އެއްޗެއްގެ މޫނު ހުރި ދިމާ. ނ. ގިނަނަމަ directions ކަމެއް ކުރުމުގެ އިރުޝާދުތައް. sense of direction މީހަކަށް އެހީއެއްނެތި އޭނާ ހުރި ތަނާއި މޫނު ހުރި މިސްރާބު އެނގޭ އެނގުން.

directional

ޑިރެކްޝަނަލް. ނއ. 1. ވަކި މިސްރާބެއް (ނުވަތަ ޑިރެކްޝަން އެއް) ދައްކައިދޭ. ޑިރެކްޝަން އަށް ނިސްބަތްވާ. 2. ވަކި ދިމާއަކުން އަންނަ (ރޭޑިއޯ) ސިގްނަލް ލިބޭ. ވަކި ދިމާއަކަށް އެފަދަ ސިގްނަލް ފޮނުވާ. މ. ރޭޑިއޯ ފޮނުވާ އެންޓެނާ.

directive

ޑިރެކްޓިވް. ނ. ވެރި ފަރާތަކުން ނެރޭ އަމުރެއް ނުވަތަ އިރުޝާދެއް. ޤަރާރެއް.

directly

ޑިރެކްޓްލީ. ކއ. 1. ސީދަލަށް. ސީދާ ގޮތަކަށް. މިސްރާބު ބަދަލުނުކޮށް. 2. ފަސްކުރުމެއް ނެތި. 3. ވަރަށް އަވަހަށް. —ގުޅުވާ ލަފުޒެއްގެ ގޮތުގައި. ލަސްތަކެއް ނުވެ. (މިޒަމާނުގައި މި މާނައިގައި މި ލަފުޒެއް ބޭނުމެއް ނުކުރެއެވެ.)

director

ޑިރެކްޓަރ. ނ. 1. އިދާރީ ގޮތުން ވާނުވާ ބަލައި ކަންކަން އިންތިޒާމުކޮށް ހިންގާ މީހެއް (ޚާއްޞަކޮށް ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ). 2. ފިލްމެއް ނުވަތަ ތަމުސީލެއް އެމީހެއްގެ ބެލުމުގެ ދަށުން ކުޅޭ މީހާ. ނ. directorship.

directorate

ޑިރެކްޓަރެޓް. ނ. ޑިރެކްޓަރުންގެ ބޯޑު.

directory

ޑިރެކްޓަރީ. ނ. މީހުންގެ ނަންތަކާއި ފޯނު ނަންބަރުތަކާއި މަޤާމުތައް ފަދަ ކަންކަން ހިމެނޭ ފޮތެއް ނުވަތަ ވެބްސައިޓެއް. އެހެން ފައިލްތަކުގެ މަޢުލޫމާތު ހިމެނޭ ފައިލެއް. ޢިމާރާތެއްގައި ހިމެނޭ ފުލެޓުތަކާއި އޮފީސްތައް ފަދަ ބައިތައް ހުންނަ ބުރިތައް ނުވަތަ ޖާގަ/މަޤާމު/ތަން ބަޔާންކުރާ ލިސްޓެއް.

dirge

ޑާރޖް. ނ. މަރުވެފައިވާ މީހުންގެ ހަނދާނުގައި ކިޔާ މޮޅިވެރި ޅެން ނުވަތަ ލަވަ.

dirigible

ޑިރިޖިބްލް. ނއ. ވަކި މިސްރާބަކަށް ގެންދެވޭ. ނ. މިގޮތަށް މިސްރާބުކުރެވޭ ގޭސް އަޅައިފައި ހުންނަ ބެލޫން ނުވަތަ މަތިންދާ އުޅަނދު.

dirk

ޑާރކް. ނ. ބާވަތެއްގެ ޚަންޖަރެއް.

dirndl

ޑާރންޑްލް. ޖަރުމަނު ހިސާބުގެ އަންހެނުންގެ ހެދުމެއް. މިއީ އަޑިން ގަންޖިފަރާހެއް ލައި މަތިން ބޮޑަށް ކަރާއި އަތްކަނޑާފައި ހުންނަ ހެދުންބުރިއެއް ހިމެނޭ ލިބާހެކެވެ. ގިނަ މީހުން ކުރިމަތީގައި އޭޕްރަނެއް އައްސައެވެ.

dirt

ޑާރޓް. ނ. 1. ކިލާ. ހަޑި. ހިރަފުސް. 2. އެއްޗެއް ހަޑިކުރާ ކޮންމެ އެއްޗެއް. 3. އަގެއްނެތް އިޙްތިރާމެއް ނެތް ކޮންމެ އެއްޗެއް. 4. ހަޑިއެއްޗެތި ކިޔާ ދައްކާ ވާހަކަ. dirt cheap ވަރަށް އަގުހެޔޮ. dirt-track ތާރު ނާޅައި ރީތިކޮށް ހަދާފައި ނުވާ ރޭސް ޖަހާ މަގު.

dirty

ޑާރޓީ. ނއ. (dirtier, dirtiest) 1. ހަޑިވެފައިވާ. ކިލާވެފައިވާ. ހަޑިވެފައިވާ ތަންތަން ސާފުކުރުމާބެހޭ މ. ޑާރޓީ ވަޒީފާއެއް. 2. ނިޔުކްލިއަރ ބޮމާ ބެހޭ ގޮތުން، ނުރައްކާތެރި ގިނަ ވިހަ ބޭރުކުރާ. 3. ސާފު އުޅުން ނުހުންނަ. 4. އިޙްތިރާމް ނުކުރެވޭ، ބޭއިންސާފުވެރި. ޑާރޓީ މަކަރު. 5. (މޫސުމާ ބެހޭ ގޮތުން) ގަދަވައި ޖެހޭ. 6. ޖިންސީ ހުތުރު ކަންކަން ހިމެނޭ. މ. ޑާރޓީ ޖޯކު. —dirty ކ. (dirtied, dirtying) ހަޑިކުރުން ނުވަތަ ހަޑިވުން. dirty look ނުރުހުގެ ނަޒަރު. dirty money ހަޑި ކަންކަންކުރަންޖެހޭ މީހުންނަށް ދޭ އިތުރު އެލަވަންސް އެއް. dirty word އައުގުރާނަ ލަފުޒެއް. ހުރުމަތް ގެއްލިފައިވާ ކަމެއް. މ. އެހީދޭ ޖަމްޢިއްޔާ ޑާރޓީ ވާރޑް އަކަށް ވުން. dirty work ކުށްކުރުން ހިމެނޭ މަސައްކަތް. do the dirty on މީހަކަށް ދަށް ފެންވަރުގެ މަކަރެއް ހެދުން.

disability

ޑިސްއެބިލިޓީ. ނ. ބައްޔެއްގެ ސަބަބުން ނުވަތަ އަނިޔާއެއްގެ ސަބަބުން މީހެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމެއް. މީހަކު ކަމަކަށް ކުފޫ ހަމަނުވާ ކަމެއް.

disable

ޑިސްއޭބްލް. ކ. ކަމަކަށް އެއްޗެއް އެކަށީގެންނުވާގޮތް ހެދުން. އެއްޗެއްގެ ބޭނުންކަނޑައިލުން. ނ. disablement. ނއ. disabled ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަމެއް ހުރި.

disabuse

ޑިސްއެބިއުޒް. ކ. މީހަކު ޤަބޫލުކުރާ ކުށްހީއަކުން އޭނާ ސަލާމަތްކުރުން.

disadvantage

ޑިސްއެޑްވާންޓިޖް. ނ. 1. ކަމެއްގެ ކާމިޔާބު ނުވަތަ ހެޔޮ އަސަރު ކުޑަކުރާ ކަމެއް ނުވަތަ ޙާލަތެއް. ހިތިކާރަ. at a disadvantage ފަހިނޫން މަޤާމެއްގައި. 2. މީހެއްގެ އަބުރަށް ނުވަތަ ޝައުޤަށް ލިބޭ އުނިކަން. މ. to our disadvantage އަހުރެމެންނަށް ދަތި ނުވަތަ ގެއްލުން ކުރިމަތިކުރާ. — ކ. ޑިސްއެޑްވާންޓިޖް ޙާލަކަށް ހުށަހެޅިގަތުން.

disadvantaged

ޑިސްއެޑްވާންޓިޖްޑް. ނއ. ދިރިއުޅުމުގައި ދަތި ޙާލަތްތަކެއް ބަރުދާސްތުކުރަމުންދާ.

disadvantageous

ޑިސްއެޑްވާންޓޭޖަސް. ނއ. ޑިސްއެޑްވާންޓިޖް (ހިތިކާރަ) މެދުވެރިކުރުވާ.

disaffected

ޑިސްއެފެކްޓިޑް. ނއ. ކަމަކާ ހިތްހަމަ ނުޖެހިފައި. ކުރިން އޮތް ވަފާތެރިކަން ގެއްލިފައި (ޚާއްޞަކޮށް ސަރުކާރާއި ނުވަތަ ތަނެއް ހިންގާފަރާތާ) ނ. disaffection.

disagree

ޑިސްއެގްރީ. (disagreed, disagreeing) ކ. 1. ތަފާތު ޚިޔާލެއް އޮތުން، ޚިޔާލު ތަފާތުވުން. އެއްބަސްނުވުން، އިންކާރުކުރުން. އިޢުތިރާޟްކުރުން. 2. ތަފާތުވުން. އެއްގޮތް ނުވުން. މ. މަންމަގެ ވާހަކަ ބައްޕަގެ ވާހަކައާ ޑިސްއެގްރީވުން. 3. ޒުވާބުކުރުން. 4. (މޫސުމާއި ކާނާއާ މެދު) ޠަބީޢަތާ ނުގުޅުން. ނ. disagreement.

disagreeable

ޑިސްއެގްރީއެބްލް. ނއ. 1. ހިތްގައިމުނޫން. 2. އަވަހަށް ރުޅިއަންނަ. ކއ. disagreeably.

disallow

ޑިސްއެލޮއު. ކ. ހުއްދަ ދިނުމަށް ނުވަތަ ހުއްދަ ކުރުމަށް ދެކޮޅުހަދާ. ރަނގަޅުކަމަށް ބުނުމަށް އިޢުތިރާޟްކުރާ. މ. އޯފްސައިޑް ވެފައިވާތީ، ރެފްރީ ގެ ގޯލު ޑިސްއެލޮއު ކުރިއެވެ.

disappear

ޑިސެޕިއަރ. ކ. ޣައިބުވުން. ނަޒަރުން ގެއްލުން. ވުޖޫދުވެގެން ވުމުން ނެތުން.

disappoint

ޑިސެޕޮއިންޓް. ކ. ހީކުރިގޮތަށް ނުވަތަ އުއްމީދުކުރިގޮތަށް ނުވުން. ނާއުއްމީދުވުން. މާޔޫސްވުން. އުއްމީދުކުރި ގޮތް ވިޔަ ނުދިނުން. ނ. disappointment، ނއ. disappointed.

disapprobation

ޑިސްއެޕްރޮބޭޝަން. ނ. ކަމަކަށް ބޮޑަށް ކުރާ އިންކާރު (އަޚްލާޤީ ސަބަބުތަކާހެދި).

disapprove

ޑިސެޕްރޫވް. ކ. ކަމެއް ރަނގަޅު ނޫންކަމުގެ ރައުޔުއެއް އޮތުން ނުވަތަ އެކަން ފާޅުކުރުން. ރަނގަޅުކަމަށް ބުނުމަށް އިންކާރުކުރުން. .ނ. disapproval.

disarm

ޑިސްއާރމް. ކ. 1. ދިފާޢުކުރާނޭ ހަތިޔާރު ނުވަތަ ހަމަލާދެވިދާނޭ ހަތިޔާރު އަތުލުން. 2. ޤައުމެއްގެ ދިފާޢީ ބާރުގެ މީހުންގެ ޢަދަދު މަދުކުރުން ނުވަތަ މި ބާރު އުވާލުން. 3. ބޮމެއް ނުގޮވާގޮތް ހެދުން. 5. ރުޅި ނުވަތަ ޝައްކު ނުއުފުދޭ ގޮތަށް ނުވަތަ މިކަންކުޑަވާގޮތަށް ޢަމަލުކުރުން.

disarmament

ޑިސްއާމަމަންޓް. ނ. ޤައުމެއްގެ ހަތިޔާރުތައް ނުވަތަ ލަޝްކަރުގެ މީހުން މަދުކުރާ މަދުކުރުން.

disarrange

ޑިސްއެރޭންޖް. ކ. ތަރުތީބު އޮޅުވައިލުން. ތަރުތީބު ނައްތައިލުން. ނ. disarrangement.

disarray

ޑިސްއެރޭ. ކ. ތަރުތީބު/އިންތިޒާމު އޮޅުވައިލުން. ނ— ހަމައެއް ތަރުތީބެއް ނެތް ޙާލަތް.

disassociate

ޑިސްއެސޯޝިއޭޓް. ކ ބަލާ dissociate.

disaster

ޑިޒާސްޓަރ. ނ. 1. ކުއްލި ބޮޑު ހިތާމަވެރިކަމެއް. ކާރިސާއެއް. މުސީބާތެއް. 2. ބޮޑު ފޭލިވުމެއް. މ. އެ ފިލްމު ވީ ޑިޒާސްޓަރ އަކަށް. ކއ. disastrous. ކއ. disastrously. disaster area ބިންހެލުމެއް ފަދަ ބޮޑު ކާރިސާއެއް ނުވަތަ މުސީބާތެއް ދިމާވެފައިވާ ސަރަޙައްދެއް.

disavow

ޑިސްއަވައު. ކ. އެއްވެސް ޒިންމާއެއް ނުވަތަ ވާގިވެރިވުމެއް ވާކަމަށް އިންކާރުކުރުން. (މ. ބަޔަކު ހިންގި ނޭދެވޭ ޢަމަލަކަށް، ޕާޓީގެ ލީޑަރު) ނ. disavowal.

disband

ޑިސްބޭންޑް. ކ. ބައިބައިކޮށްލުން ނުވަތަ އުވާލުން/ނައްތައިލުން. މ. މިޔުޒިކް ބޭންޑެއް، ލަވަކިޔާ ގުރޫޕެއް، ލަސްކަރެއް. ނ. disbandment.

disbelieve

ޑިސްބިލީވް. ކ. ޤަބޫލުނުކުރުން. އިންކާރުކުރުން. ކުފުރުވުން. ނ. disbeliever. disbelief.

disbud

ޑިސްބަޑް. ކ. (disbudded, disbudding) ގަހެއްގައިވާ ނުފޮޅޭމާތަކުން ބޭނުން ނުވާ މައު ކެނޑުން.

disburse

ޑިސްބާރސް. ކ. ފަންޑަކުން ނުވަތަ އެކައުންޓަކުން ފައިސާ ދިނުން/ދޫކުރުން. ނ. disbursement.

disc

ޑިސްކް. ނ. 1. ވަށް [ލާރި] ފޮއްޗެއްހެން ފަތާކޮށް އޮންނަ ކޮންމެ އެއްޗެއް. 2. މި ސިފައަށް ފެންނަ ކޮންމެ އެއްޗެއް. މ. ހަނދުގެ ޑިސްކް. 3. މައިކަށީގެ ދެބަދަ ދެމެދުގައިވާ މަޑު ފޮތި. މި ފޮއްޗަކީ ބަދައިން ކަސިޔާރުވެގެން ނާރުތަކުގައި ޖެހި ތަދު އުފައްދާ އެއްޗެކެވެ. 4. ލަވަޖަހާ ހޮޅިއެއް. 5. ދަގަތްފާނު ނުވަތަ އަލިން މަޢުލޫމާތު ލިޔުމަށް ބޭނުންކުރާ ކޮމްޕިއުޓަރ ޑިސްކް. disc brake ފުރޮޅުގައި ޑިސްކެއްގެ ގޮތަށް ހުންނަ ބުރަކީގެ ބައެއް. disc drive ކޮމްޕިއުޓަރުގެ މަޢުލޫމާތު ރައްކާކުރާ ޑިސްކް ހިންގާ އާލަތް. disc jockey ރޭޑިއޯއިން ލަވަ ޖަހާ ޕްރޮގްރާމް ހިންގާ ފަރާތް. disc parking ގަޑިބަހައިގެން ޕާކުކުރާ ޚިދުމަތެއް. disc wheel ނާރެސް އާއި ވޮށްޓާ ދެމެދު ނަރު ނުވަތަ ދަނޑި ނުހުންނަ ފުރޮޅު.

discard

ޑިސްކާޑް. ކ. އެއްލައިލުން (ބޭނުން ނެތިގެން). އެއްކައިރިކުރުން.

discard

ޑިސްކާޑް. ނ. ބޭނުން ނެތިގެން ވަކިކޮށްފައިވާ/އެއްލާލައިފައިވާ އެއްޗެއް.

discern

ޑިސާރން. ކ. ހިއްސުތަކުން ނުވަތަ ސިކުނޑިން އިޙްސާސްވުން. އެނގުން. ދެތުން. ނ. discernment.

discernible

ޑިސާރނިބްލް. ނއ. ހިއްސުތަކަށް ނުވަތަ ސިކުނޑިއަށް އެނގޭ. މ. ފަޟީޙަތްވުމަކުން އޭނާއަށް ތާއީދަށް ޑިސާރނިބްލް އަސަރެއް ނުކުރެއެވެ.

discerning

ޑިސާރނިންގ. ނއ. ރަނގަޅު ގޮތް ކަނޑައަޅަން އެނގޭކަން ނުވަތަ އެކަން ދައްކާ. މ. މި ހޮޓަލަށް ވަންނަނީ ޑިސާރނިންގ މީހުންނެވެ = ރަހަތައް ރަނގަޅަށް އެނގޭ މީހުންނެވެ. ފަހުމުވާ. ވާނުވާ އެނގޭ.

discharge

ޑިސްޗާރޖް. ކ. 1. ނުކުތުން ނުވަތަ ބޭރުކުރުން. 2. އިލެކްޓްރިކް ކަރަންޓެއް ނުކުތުން ނުވަތަ ނުކުންނަ ގޮތް ހެދުން. 3. ބަޑިއެއް މިސައިލެއް ފަދަ އެއްޗެއް ޖެހުން. 4. ވަޒީފާއިން ވަކިކުރުން. 5. ދިއުމަށް ހުއްދަ ދިނުން. މ. ހޮސްޕިޓަލުން ބަލިމީހެއް. 6. ދަރަންޏެއް ދެއްކުން. މަސްއޫލިއްޔަތެއް އަދާކުރުން. ކޮންޓްރެކްޓެއްގައިވާ ކަމެއް ހަމަކުރުން. —discharge ނ. 1. ޑިސްޗާޖްވާ ޢަމަލު. 2. ޑިސްޗާޖްކުރި އެތި. މ. މުލިއްސަކުން ނުކުތް ތަކެތި.

disciple

ޑިސައިޕްލް. ނ. 1. މުދައްރިސެއް ފަލްސަފާވެރިއެއް ފަދަ މީހަކަށް ތަބާވާ މީހެއް. މުރީދެއް. 2. ޢީސާގެފާނަށް ފުރަތަމަ ކިޔަމަންގަތް މީހެއް.

disciplinarian

ޑިސިޕްލިނޭރިއަން. ނ. ހަރުކަށި ޑިސިޕްލިން އަށް ތާއީދުކުރާ މީހެއް. ނުވަތަ އެފަދަ ޑިސިޕްލިންއަށް މީހުން އަހުލުވެރިކުރުވާ މީހެއް.

disciplinary

ޑިސިޕްލިނަރީ. ނއ. ޑިސިޕްލިން އަށް ނިސްބަތްވާ.

discipline

ޑިސިޕްލިން. 1. އަމިއްލަ ނަފުސު ކޮންޓްރޯލްކޮށް އަމުރަށް ކިޔަމަންވާން ދަސްކޮށްދޭ ތަމްރީނު. 2. އެފަދަ ތަމްރީނުން އަށަގަންނުވާ ކޮންޓްރޯލްކޮށްފައިވާ އުޅުން. ސުލޫކު. އަދަބު. އަޚްލާޤް. 3. އަމުރަށްކިޔަމަންވާން ދަސްކޮށްދިނުމަށް ނުވަތަ އިސްލާހުކުރަން ދޭ އަދަބު. 4. ކިޔެވުމުގެ އެކި ދާއިރާ ނުވަތަ ގޮފި. މާއްދާ. މ. ހިސާބު، ދީނިއްޔާތު. —ކ. 1. ތަރުތީބާއި ކިޔަމަންވުން ދަސްކޮށްދޭ ތަމްރީނު. 2. އަދަބު.

disclaim

ޑިސްކްލެއިމް. ކ. އިންކާރުކުރުން. އެއްބަސްނުވުން. ޤާނޫނީ ގޮތުން ތިމާގެ ކަމެއް ނޫންކަމަށް ބަޔާން ކުރުން. މ. އެކްސިޑެންޓްގެ ހުރިހާ ޒިންމާއެއް ޑިސްކްލެއިމްކުރުން. disclaimer ނ. ކަމަކުން އެއްކިބާވާ ބަޔާނެއް.

disclose

ޑިސްކްލޯޒް. ކ. ސިއްރު މަޢުލޫމާތެއް ހާމަކުރުން. ފޮރުވިފައިވާ އެއްޗެއް ކަޝްފުކުރުން. ނ. disclosure.

disco

ޑިސްކޯ. ނ. ނުރަސްމީ ބަހުރުވައިން ޑިސްކޮޓެކް.

discography

ޑިސްކޯގްރެފީ. ނ. 1. ލަވަޖަހާ ހޮޅީގެ ލިސްޓެއް. 2. ލަވަޖަހާ ހޮޅީގެ ކަންކަމުގެ ޢިލްމު.

discolour

ޑިސްކަލަރ. ނ. 1. ކުލަތައް ހަޑިވުން ނުވަތަ ހަޑިކުރުން. ލައް ޖެއްސުން. 2. ކުލަތައް ބަދަލުވެގެން (މ. ފަނޑުވެގެން) ދިއުން. ލައް ޖެހުން. ނ. discoloration.

discomfit

ޑިސްކަމްފިޓް. ކ. (discomfited, discomfiting) މީހަކު ނުތަނަވެސްވެ ލަދުގަންނަގޮތް ހެދުން. ނ. ޑިސްކަމްފިޗަރ. discomfiture.

discomfort

ޑިސްކަމްފަރޓް. ނ. 1. ސިކުނޑިއަށް ނުވަތަ ހަށިގަނޑަށް ނުތަނަވަސްކަން ގެނެސްދޭ ޙާލަތެއް. 2. މިކަން ގެނެސްދޭ ކަމެއް.

discompose

ޑިސްކޮމްޕޯޒް. ކ. މީހެއްގެ ހަމަޖެހުން ގެއްލުވައިލުން. މީހަކު ނުތަނަވަސްވާ ގޮތް ހެދުން. ނ. discomposure.

disconcert

ޑިސްކޮންސަރޓް. ކ. މީހެއްގެ ހަމަޖެހުމަށް އުނިކަން އަންނަ ކަމެއް ކުރުން. ކަންބޮޑުވާ ގޮތް ހެދުން.

disconnect

ޑިސްކަނެކްޓް. ކ. ދެއެއްޗެއްގެ މެދުގައިވާ ގުޅުން ކަނޑައިލުން. ވަކިކޮށްލުން. މ. ކޮޓަރިއަކުން އިލެކްޓްރިސިޓީ (ކަރަންޓު) ޑިސްކަނެކްޓް ކުރުން. ނ. disconnection.

disconnected

ޑިސްކަނެކްޓިޑް. ނއ. 1. ގުޅުން ނެތިފައި. މީހަކު ދުނިޔޭގެ ޙަޤީޤަތާ ވަކިވެފައި. ކަމަކާ ވާނުވާއެއް ނޭނގިފައި. 2. ތަރުތީބެއް ގުޅުމެއް ނެތް. މ. ވާހަކައެއް ނުވަތަ ޚިޠާބެއްގެ އެކި ބައިތަކުގައި.

disconsolate

ޑިސްކޮންސޮލެޓް. ނއ. ކަމެއް ދޫވުމުން ނުވަތަ ގެއްލުމުން މޮޅިވެފައި. މާޔޫސްވެފައިވާ.

discontent

ޑިސްކޮންޓެންޓް. ނ. 1. ކަމަކާ ހިތްހަމަ ނުޖެހޭ ޖެހުން. ޙާލަތާ މެދު ހިތްހަމަ ނުޖެހުން. މ. ވޯޓުލީ މީހުން ދެ ޕާޓީ އާ ދެމެދުގައި ވެސް ވަނީ ޑިސްކޮންޓެންޓް ވެފައި. 2. ކަމަކާ ހިތްހަމަ ނުޖެހިފައި ވާ މީހެއް.

discontented

ޑިސްކޮންޓެންޓިޑް. ނއ. ހިތްހަމަ ނުޖެހިފައި. ނުރުހިފައި، ނުޤަބޫލްވެފައި.

discontinue

ޑިސްކޮންޓިނިއު. ކ. ކަމަކަށް ނިމުމެއް ގެނައުން. ނިމުމަކަށް ކަމެއް އައުން. ނ. discontinuance.

discontinuous

ޑިސްކޮންޓިނުއަސް. ނއ. ދެމެދުގައި ހުސްތަން ހުރުން. ޖެހިޖެހިގެން ނުވުން. މ. ވަޒީފާގެ ރެކޯޑުގައި. ކޮންޓިނުއަސް ނޫން.

discord

ޑިސްކޯޑް. ނ. 1. ދެބަސްވާ ދެބަސްވުން. ޒުވާބު. ނުއެންގާނިކަން. 2. ހިތްގައިމުކަމެއް ނުވާ ޖެހިޖެހިގެންވާ މިޔުޒިކް ނޯޓްތަކެއް. ނއ. discordant. ނއ. discordantly.

discotheque

ޑިސްކޯޓެކް. ނ. 1. ނެށުމަށް ބާރަށް މިޔުޒިކުޖަހާ ކުލަބެއް ނުވަތަ ޕާޓީއެއް. 2. މިފަދަ މިޔުޒިކު ކުޅުމަށް ގެންގުޅޭ ސާމާނު.

discount

ޑިސްކައުންޓް. ނ. ވިއްކާ އެއްޗެއްގެ މުޅި އަގުން ކަނޑާލާ (އަގުހެޔޮކުރާ) މިންވަރެއް. at a discount ޢާއްމު އަގަށް ވުރެ ކުޑަ. ކުރިއާ އެއްވަރަށް އަގުނުކުރާ. މ. ތެދުވެރިކަން މިހާރުވަނީ އެޓް އަ ޑިސްކައުންޓް އެއްގައެވެ. discount shop އެހެން ފިހާރަތަކަށް ވުރެ އަގުހެޔޮކޮށް ތަކެތި ވިއްކާ ފިހާރައެއް.

discount

ޑިސްކައުންޓް. ކ. 1. ކުޑަކޮށް ނުވަތަ އެއްކޮށް ކަމަކާ އަޅައިނުލުން. މ. އިވޭ އަޑުތައް ޑިސްކައުންޓްކޮށް، ކުރިއަށް ދަމާ ހެއްޔެވެ؟ 2. ބިލް އޮފް އެކްޗޭންޖް އެއް އެ ފުރިހަމަ ވުމުން ލިބޭނޭ އަގަށް ވުރެ ދަށް އަގެއްގައި ގަތުން.

discourage

ޑިސްކަރޭޖް. ކ. 1. އުއްމީދު ގެއްލުން. ކުރާހިތް ނެތުން. 2. ކަމެއް ކުރުމުން ފޭވެގަތުމަށް ބާރުއެޅުން. 3. ކަމެއް ވުމަށް ނުވަތަ ކުރުމަށް ހުރަސް އެޅުން. ނ. discouragement.

discourse

ޑިސްކޯސް. ނ. ވަކި މައުޟޫޢުއަކަށް ދައްކާ ވާހަކަ ނުވަތަ ލިޔެފައިވާ ލިޔުން. ވަކި މައުޟޫޢުއަކަށް ލިޔެފައިވާ ފޮތެއް. ބަހުސެއް.

discourse

ޑިސްކޯސް. ކ. ވަކި މައުޟޫޢުއަކަށް ވާހަކަ ދެއްކުން ނުވަތަ ލިޔުން.

discourteous

ޑިސްކާރޓިއަސް. ނއ. ބޭއަދަބީ. އެހެންމީހުންނަށް ނުބެލުމާއި ވާހަކަދެއްކުމާއި އަމަލުތަކުގައި ހުތުރުގޮތް ހުރި. ކއ. discourteously. ނ. discourtesy.

discover

ޑިސްކަވަރ. ކ. 1. ހޯދުމެއްގެ ތެރޭގައި އެއްޗެއް ފެނުން. ކަޝްފުވުން. 2. (ޚާއްޞަކޮށް ކުރިން ފާހަގަކުރެވިފައި ނުވާ) އެއްޗެއް އެނގުން ނުވަތަ ފެނުން މ. އައު ޤައުމެއްގެ މީހުން. ނ. discoverer.

discovery

ޑިސްކަވަރީ. ނ. 1. އެއްޗެއް ނުވަތަ ކަމެއް ކަޝްފުވާ ކަޝްފުވުން. 2. (ފުރަތަމަ ފަހަރަށް) ކަޝްފުވި ކަން ނުވަތަ އެތި.

discredit

ޑިސްކްރެޑިޓް. ކ. (discredited, discrediting) 1. ކީރިތިކަން/އަބުރުވެރިކަން/ޝަރަފު ކުޑަކުރާ. 2. ޤަބޫލުކުރަން ދެކޮޅުހެދުން. އިންކާރުކުރުން. 3. އިންކާރުކުރާގޮތް ހެދުން. —ނ. 1. އަބުރަށް ނުވަތަ ރަނގަޅު ނަމަށް ލިބޭ އުނިކަން. މިކަން މެދުވެރިކުރުވާ ސަބަބު ނުވަތަ ކަން. 3. ޝައްކު. ޤަބޫލުކުރެވޭގޮތް ނެތް ނެތުން.

discreditable

ޑިސްކްރެޑިޓަބްލް. ނއ. ޝަރަފަށް ނުވަތަ ޢިއްޒަތަށް ގެއްލުން ދެނިވި. ލަދުވެތި. ކއ. discreditably.

discreet

ޑިސްކްރީޓް. ނއ. 1. ރަނގަޅު ވިސްނުމާއި ފިކުރު ހާމަވާ. ސިއްރުތައް ބޭޒާރުކުރެވިދާނެތީ ނުވަތަ މީހުން ލަދުގަނެދާނެތީ ވާހަކަ ދެއްކުމާއި އަމަލުތަކުގައި ފަރުވާ ބަހައްޓާ. ނިއަނެތި. 2. ޤަޞްދުގައި ދެއްކުންތެރިކަން ކުޑަ، ހާމަކަން ކުޑަ. ކއ. discreetly.

discrepancy

ޑިސްކްރެޕެންސީ. ނ. ތަފާތު. ދެ އެއްކުރުމަކުން ނުވަތަ މިންކުރުމަކުން ހާމަވާ ތަފާތު. މ. ދެ އެކައުންޓްގައި ގިނަ ޑިސްކްރެޕެންސީތަކެއް ވިއެވެ. ނއ. discrepant.

discrete

ޑިސްކްރީޓް. ނއ. ވަކިވަކި. ގުޅިފައިނުވާ. ކއ. discretely.

discretion

ޑިސްކްރެޝަން. ނ. 1. ސިއްރުތައް ހިފަހައްޓާ ހިފެހެއްޓުން. ވާހަކަ ދެއްކުމުގައި އަދަބުވެރި އަދި އައިބު ނުވަތަ އެހެންމީހުންގެ ވާހަކަ ދެއްކުމުން މަނާވެގެން ހުންނަ ހުރުން. 2. ކަންކަން ކުރުމުގައި ރަނގަޅަށް ވިސްނައި އެންމެ އެދެވޭގޮތަށް ކުރާ ކަން. މ. އޭނާ އުޅުން ހުރީ ޑިސްކްރެޝަން އާ އެކުއެވެ. 3. އަމިއްލައަށް ފެންނަ ގޮތަށް ޢަމަލުކުރުމުގެ ބާރު ލިބިގެންވުން. at a person’s discretion އަމިއްލަ ޚިޔާލާއެއްގޮތަށް ޢަމަލުކުރާ. age of discretion މީހަކަށް އަމިއްލަ ޚިޔާލާ އެއްގޮތަށް ޢަމަލުކުރަން އަދި ދިރިއުޅުން ހަމަޖައްސަން އެކަށީގެންވާ އުމުރު.

discretionary

ޑިސްކްރެޝަނަރީ. ނއ. މީހަކަށް ފެންނަންޏާ ކުރާ. ވަކިގޮތަކަށް ނިންމުމުގެ އިޚްތިޔާރު ލިބިގެންވާ. މ. ޑިސްކްރެޝަނަރީ ބާރު މީހަކަށް ލިބުން.

discriminate

ޑިސްކްރިމިނޭޓް. ކ. 1. ކަންކަމުގެ ރަނގަޅުގޮތް އެނގުން. ރަނގަޅު ނުރަނގަޅު ތަފާތުކުރަން އެނގުން. 2. ތަފާތުކުރުން. ވަކި މީހަކަށް ނުވަތަ ކަމަކަށް، (ގިނަ ފަހަރު ތަޢައްޞުބް އާ ހެދި) ނުޙައްޤުގޮތުގައި ތަފާތުކުރުން. ނ. discrimination.

discursive

ޑިސްކާރސިވް. ނއ. އެއް މައުޟޫޢުއިން އަނެއް މައުޟޫޢުއަށް ތަރުތީބެއް ނެތި އޮޅޭ ގޮތަށް ވާހަކަ ދައްކާ ނުވަތަ ލިޔާ.

discus

ޑިސްކަސް. ނ. ބައެއް މުބާރަތްތަކުގައި އެންމެ ދުރަށް އުކެނީ ކާކަށްތޯ ބަލަން އުކަން ގެންގުޅޭ ވަށް ބަރު ބޯ ފޮއްޗެއް.

discuss

ޑިސްކަސް. ކ. ވާހަކަ ދައްކައިގެން ކަމެއް ވަޒަން ކުރުން. ކަމަކާމެދު ވާހަކަ ދެއްކުން ނުވަތަ ލިޔުން. މަޝްވަރާކުރުން. ނ. ބަހުސްކުރުން. މުނާޤަޝާކުރުން. ނ. discussion.

disdain

ޑިސްޑެއިން. ނ. މީހަކީ ނުވަތަ އެއްޗަކީ އިޙްތިރާމްދޭން ޖެހޭ ނުވަތަ އަގުކުރަންޖެހޭ އެއްޗެއްކަމަށް ނުދެކޭ ޝުޢޫރު. ނުރުހުންތެރިކަން. ނަފުރަތު. —ކ. 1. ނަފުރަތާ އެކު އެއްޗެއް ދުށުން. އަގެއް ހުރި އެއްޗެއް ކަމަށް ނުދެކުން. 2. ނަފުރަތުގެ ސަބަބުން ކަމެއް ނުކުރުން. މ. އޭނާ ޖަވާބެއް ދިނުމަށް ޑިސްޑެއިން ކުރިއެވެ. ނއ. disdainful. ކއ. disdainfully.

disease

ޑިޒީޒް. ނ. ހަށިގަނޑުގެ ބައެއް ރަނގަޅަށް މަސައްކަތް ނުކުރުމުން، ނުވަތަ ކާތަކެތީގެ ސަބަބުން ނުވަތަ ޖަރާސީމެއްގެ ސަބަބުން ޞިއްޙަތު ގެއްލޭ ގެއްލުން. ބަލި.

diseased

ޑިޒީޒްޑް. ނއ. ބަލިޖެހިފައި.

disembark

ޑިސްއެމްބާކް. ކ. އެއްގަމަށް ފޭބުން. މ. ބޯޓަކުން/އުޅަނދަކުން/ބަހަކުން. ނ. disembarkation.

disembodied
ޑިސްއެމްބޮޑީޑް. ނއ. (ރޫޙް އާ މެދު) ހަށިގަނޑުން ވަކިވެފައިވާ.

disembowel

ޑިސްއެމްބަވަލް. ކ. (disembowelled, disembowelling) ގަބުރެއް ނުވަތަ ދިރިހުރި މީހެއް ފަޅާލައި ހަށިގަނޑުގެ އެތެރޭގެ ބައިތައް ނެގުން.

disenchant

ޑިސްއެންޗާންޓް. ކ. މީހަކު ނާއުއްމީދުވާ ގޮތް ހެދުން. މ. އެމީހުންވަނީ ސަރުކާރާ މެދު ޑިސްއެންޗާންޓް ވެފައެވެ. ނ. disenchantment.

disengage

ޑިސްއެންގެއިޖް. ކ. އެންގޭޖްމަންޓަކުން ވީއްލުން. ބެދެވި، ތާށިވެފައި، ހަރުކުރެވިފައި، ގުޅިފައި ހުރި އެއްޗެއް ވަކިކުރުން. މޮހުން. ނ. disengagement.

disengaged

ޑިސްއެންގެއިޖްޑް. ނއ. އެހެން މީހެއްގެ ޚިދުމަތުން ނުވަތަ ވިޔަފާރިން ވީއްލިވެގެންވާ. މިނިވަން.

disentangle

ޑިސްއެންޓޭންގްލް. ކ. އޮޅުމަކުން ނުވަތަ އޮޅިފައިވާ އެއްޗަކުން މޮހުން. ތާށިވެފައިވާ ތަނަކުން ސަލާމަތްކުރުން. ނ. disentanglement.

disestablish

ޑިސްއެސްޓެބްލިޝް. ކ. ޤާއިމްވެފައިވާ ޤާއިމްވުމެއް ނިމުމުކަށް ގެނައުން. ފައްޅިއާއި ސަރުކާރާ ދެމެދު އޮންނަ ގުޅުން ކަނޑާލުން. ނ. disestablishment.

disfavour

ޑިސްފޭވަރ. ނ. ނުރުހުންތެރިކަން.

disfigure

ޑިސްފިގަރ. ކ. އެއްޗެއްގެ ރީތިކަން ނަގައިލުން. ހަޑިކޮށްލުން. ނ. disfigurement.

disfranchise

ޑިސްއެންފްރެންޗައިޒް. ކ. ވޯޓުދިނުމުގެ ނުވަތަ އެހެން ވެސް ޙައްޤަކުން މަޙްރޫމްކުރުން. ނ. disenfranchisement.

disgorge

ޑިސްގޯޖް. 1. ކަރުން ބޭރުކޮށްލުން. 2. އަނގައިން ބޭރުކޮށްލުން. މ. ކޯރުގެ ފެންގަނޑު ކަނޑަށް ޑިސްގޯޖްކުރުން. 3. ނުރަސްމީ ބަހުރުވައިން ރައްދުކުރުން. މ. ވަގަށް ނަގައިފައިވާ މުދައު ޑިސްގޯޖްކުރުން.

disgrace

ޑިސްގްރޭސް. ނ. 1. އަބުރާއި ޢިއްޒަތް ގެއްލޭ ގެއްލުން (މ. ކުރާކަމެއްގެ ސަބަބުން). 2. މިކަން މެދުވެރިކުރާ ކަން. ނއ. disgraceful. ކއ. disgracefully.

disgruntled

ޑިސްގްރަންޓްލްޑް. ނއ. ހިތްހަމަ ނުޖެހިފައި. ރުޅި އައިސްފައި.

disguise

ޑިސްގައިޒް. ކ. 1. ސިފަ އޮޅުވާލުން. އެއްޗެއް އެއީ ކޮން އެއްޗެއްކަން ނޭނގޭ ގޮތް ހެދުން. 2. ފޮރުވުން. މ. no disguising the fact = އެކަމެއް ނުފޮރުވޭނެ. —ނ. 1. ސިފަ ބަދަލުކުރުމަށް ބޭނުންކުރާ (ހެދުން ފަދަ) ސާމާނު. 2. ސިފަ ބަދަލުކުރެވިފައިވާ ޙާލަތް.

disgust

ޑިސްގަސްޓް. ނ. އެއްޗަކާ ވަރަށްބޮޑަށް ނުރުހެވޭ ނުރުހެވުން. ފުން ނަފުރަތު. —ކ. ވަރަށް ނުރުހެވޭ ގޮތްގޮތް ވުން ނުވަތަ އެހެން ހެދުން.

disgusted

ޑިސްގަސްޓިޑް. ނއ. މީހަކު ޤަބޫލުކުރާ ހަމަތަކާ ވަރަށް ބޮޑަށް ތަފާތުވެގެން ގަދައަށް ނުރުހިފައިވާ.

dish

ޑިޝް. ނއ. 1. ވަތުތަށި ފަދަ ތިލަކޮށް ހުންނަ ތަށި. 2. އެފަދަ ތައްޓަކަށް އެޅޭ މިންވަރު. 3. ތަށީގައިވާ ކާނާ. ވަކި ބާވަތެއްގެ ކާނާ. 4. ވަތުތައްޓެއްގެ ގޮތަށް ހުންނަ ކޮންމެ އެއްޗެއް. 5. ނުރަސްމީ ބަހުރުވައިން ރީތި މީހެއް. —ކ. ނާއުއްމީދުކުރުވުން. ނާކާމިޔާބު ކޮށްލުން. މ. it has dished our chances.. dish out ކާތަކެތި ތަށިތައްޓަށް ބެހުމަށްޓަކައި އެޅުން. ނުރަސްމީ ބަހުރުވައިން ބަހަނާ ދެއްކުން. dish up excuses. dish water ގަންބައިގެން ތަށި ދޮވެފައި ހުރި ފެން.

disharmony

ޑިސްހާމަނީ. ނ. ހާމަނީ ނެތުން. އެމުނިއެކުލެވޭގޮތް ނެތުން. އެކުމުތުނުވުން.

dishcloth

ޑިޝްކްލޯތް. ނއ. ތަށިދޮންނަން ގެންގުޅޭ ފޮތިގަނޑު.

dishearten

ޑިސްހާޓްން. ކ. އިތުބާރު ނުވަތަ އުއްމީދު ގެއްލޭގޮތް ވުން. ނ. disheartenment.

dished

ޑިޝްޑް. ނއ. އެތެރެއަށް ގޮނިކޮށް ތައްޓެއްހެން.

dishevelled

ޑިޝެވްލްޑް. ނއ. (އިސްތަށިގަނޑާއި ހެދުމާ މެދު) ރޫޖެހި، ތަރުތީބު ގެއްލި، އޮމާންކަން ގެއްލިފައިވާ. ނ. dishevelment.

dishonest

ޑިސްއޮނަސްޓް. ނއ. ތެދުވެރިނޫން. ދޮގުވެރި. ބޭއީމާނީ. ކއ. dishonestly. ނ. dishonesty.

dishonour

ޑިސްއޮނަރ. ނ. އަބުރުގެއްލޭ ގެއްލުން. އިޙްތިރާމް ނެތޭ ނެތުން. 2. މިކަން ގެނުވާ ސަބަބު.

dishonourable

ޑިސްއޮނޮރަބްލް. ނއ. ލަދުވެތިކަމާއި މަލާމާތް ގެނުވާ. ކީރިތި ނޫން. ކއ. honourably.

dishwasher

ޑިޝްވޮޝަރ. ނ. އޮޓޮމެޓިކުން ތަށި ދޮންނަ މެޝިން.

dishy

ޑިޝީ. ނއ. (dishier, dishiest) ވަރަށް ނަލަ.

disillusion

ޑިސްއިލޫޝަން. ކ. ހިތްހަމަޖެހޭ ނަމަވެސް ޙަޤީޤަތާ ޚިލާފު ޤަބޫލުކުރުންތަކަކުން މީހަކު އެއްކިބާ ކުރުން. —ނ. މިކަމުގެ ޙާލަތު. disillusionment.

disincentive

ޑިސްއިންސެންޓިވް. ނ. ކަމެއް ކުރާހިތް ނުވާގޮތް ނުވަތަ ކުރަން ފަސްޖެހޭ ގޮތް ހެދުމަށް ބޭނުންކުރާ ވަސީލަތެއް.

disinclination

ޑިސްއިންކްލިނޭޝަން. ނ. ކަމެއް ކުރާހިތް ނުވުމުގެ ޙާލަތު. ކުޑަމިނަކުން ނުރުހޭ ނުރުހުން.

disincline

ޑިސްއިންކްލައިން. ކ. ކަމެއް ކުރާހިތް ނުވުމަށް ނުވަތަ ކުރަން ފަސްޖެހޭ ގޮތް ހެދުން.

disinfect

ޑިސްއިންފެކްޓް. ކ. ބަލި ޖައްސާ ޖަރާސީމު ފަދަ ދިރުން މަރައިގެން އެއްޗެއް ނުވަތަ ތަނެއް ސާފުކުރުން. ނ. disinfection.

disinfectant

ޑިސްއިންފެކްޓަންޓް. ނ. ޖަރާސީމު ފަދަ ބަލި ޖައްސާ ދިރުން މެރުމަށް ބޭނުންކުރާ ދިޔަ ފަދަ ތަކެތި.

disinflation

ޑިސްއިންފްލޭޝަން. ނ. ޑިފްލޭޝަންގެ ނުބައި އަސަރުތައް ނާންނަގޮތަށް އިންފްލޭޝަން ކޮންޓްރޯލްކުރުން. ނއ. disinflationary.

disinformation

ޑިސްއިންފޮމޭޝަން. ނ. ކަނޑައެޅިގެން ނުބައި މަޢުލޫމާތު (މ. ހަނގުރާމައެއްގައި ފަތުރާ).

disingenuous

ޑިސްއިންޖެނުއަސް. ނއ. އިޚްލާޞްތެރި ނޫން. ވަންހަނާކޮށްފައިވާ ކަންތައްތަކެއް ހިމެނޭ.

disinherit

ޑިސްއިންހެރިޓް. ކ. މީހަކަށް ވާރުތަ މުދަލުން ލިބޭ އެއްޗެއް، ވަޞިއްޔަތެއް ނުވަތަ ފަތެއް ބަދަލުކޮށްގެން ނުލިބޭގޮތް ހެދުން.

disintegrate

ޑިސްއިންޓިގްރެއިޓް. ކ. ކުދި ބައިތަކަށް ހަލާކުކުރުން ނުވަތަ ހަލާކުވުން. ފުޑިފުޑިގެން ދިއުން. ފުޑާލުން. ނ. disintegration.

disinter

ޑިސްއިންޓަރ. ކ. (disinterred, disinterring). (ވަޅުލާފައިވާ އެއްޗެއް) ކޮނެގެން ނެގުން.

disinterested

ޑިސްއިންޓަރިސްޓިޑް. ނއ. 1. ވަކި ފަރާތަކަށް ނުޖެހޭ. އަމިއްލަ އެދުމެއް ނުވާ. 2. ޝައުޤުވެރިކަން ނެތް. އަޅާލުންތެރިކަން ނެތް. (2 ގައިވާ މާނަ ރަނގަޅު ނޫންކަމަށް ބައެއް ބަސްވާރުން ބުނެއެވެ.). ކއ. disinterestedly.

disjoin

ޑިސްޖޮއިން. ކ. (ގުޅިފައިވާ އެއްޗެއް) ވަކިކުރުން.

disjointed

ޑިސްޖޮއިންޓިޑް. ނއ. (ވާހަކަ ދެއްކުމެއްގައި) ގުޅުން ނެތުން.

disk

ޑިސްކް. ނ. =disc . މި ލަފުޒު ބަލާ!

diskette

ޑިސްކެޓް. ނ. ކޮމްޕިއުޓަރުގެ މަޢުލޫމާތު ރައްކާކުރާ މެގްނެޓިކް ކުޑަ ޑިސްކް އެއް.

dislike

ޑިސްލައިކް. ނ. ނުރުހުމުގެ ޝުޢޫރު. —ކ. އެއްޗަކަށް ނުވަތަ މީހަކަށް ނުރުހުން.

dislocate

ޑިސްލޮކެއިޓް. ކ. 1. އެއްޗެއް އެ ހުންނަ ނުވަތަ ހުރިތަނުން ފޭވުން (މ. ކަށިގަނޑު ހުޅުންނެއްޓުން). 2. ހަމަ ނައްތައިލުން. މ. ވާރޭގެ ސަބަބުން ޓްރެފިކް ޑިސްލޮކެއިޓްވުން. ނ. dislocation.

dislodge

ޑިސްލޮޖް. ކ. އެއްޗެއް ހަރުލާފައި ހުރިތަނުން ގުޑުވާލުން ނުވަތަ ފޭވުން.

disloyal

ޑިސްލޯޔަލް. ނއ. ވަފާތެރިނޫން. ކއ. disloyally. ނ. disloyalty.

dismal

ޑިޒްމަލް. ނއ. 1. މޮޅިވެރިކަމާއި ހިތާމަ ގެނުވާ. މ. ޑިޒްމަލް މޫސުން ޕިކްނިކް ޚަރާބުކޮށްފިއެވެ. (މީހެއްގެ ޠަބީޢަތާ ބެހޭ ގޮތުން) އުފާވެރިނޫން. 2. ބިކަ. ބޮޑެއް ނޫން. މ. ޑިޒްމަލް ހިތްވަރެއްލުން. ކއ. dismally.

dismantle

ޑިސްމެންޓްލް. ކ. ރޫޅާލުން. އެކި ކުދިބައިތަކަށް ވަކިކޮށްލުން.

dismay

ޑިސްމޭ. ނ. ހައިރާންކަމާއެކު ވާ މާޔޫސްކަން. —ކ. މާޔޫސްކަން ގެނުވުން.

dismember

ޑިސްމެމްބަރ. ކ. 1. (އަތްފައި) ގުނަވަންތައް ހަށިގަނޑުން ވަކިކޮށްލުން. 2. ބައިބަޔަށް ބަހައިލުން. ޤައުމެއް ފަދަ ތަނެއް އެކި ގޮތްގޮތަށް ބަހައިލުން. ނ. dismemberment.

dismiss

ޑިސްމިސް. ކ. 1. މީހެއްގެ ހާޒިރުން ދިއުން. ވަޒީފާއިން ވަކިކުރުން. 2. މީހެއްގެ ވިސްނުމުން ކަމެއް ދޫކޮށްލުން. ކުޑަކޮށް މަޝްވަރާކޮށްލާފައި ދޫކޮށްލުން. 3. ޝަރީޢަތެއްގައި ހެކި ނެތިގެން ޝަކުވާ އަޑުއަހާފައި ދޫކޮށްލުން. 4. ކުރިކެޓު ބެޓް ހިފައިގެން ކުޅޭ މީހާ ނުބައިކޮށްލުން. ނ. dismissal.

dismount

ޑިސްމައުންޓް. ކ. 1. އަރާއިން އެއްޗަކުން (މ. އަހެއް، ސައިކަލެއް) ބިމަށް ފޭބުން. 2. އަރާއިން އެއްޗަކުން ވައްޓާލުން.

disobedient

ޑިސްއޮބީޑިއަންޓް. ނއ. ނުކިޔަމަންތެރި. ކއ. disobediently. ނ. disobedience.

disobey

ޑިސްއޮބޭ. ކ. (disobeyed, disobeying) ނުކިޔަމަންތެރިވުން. އޯޑަރަށް ތަބާނުވުން.

disorder

ޑިސްއޯޑަރ. ނ. 1. ތަރުތީބެއް ހަމައެއް ނެތުން. ތަކެތި ބަހައްޓާފައިވާ ގޮތް ރީތި ނުވުން. 2. ޢާއްމުންގެ ހަމަ ނުޖެހުމެއް. 3. ހަށިގަނޑު މަސައްކަތްކުރާ ގޮތް ހަމައިން ނެއްޓުން. މ. ނާރވަސް (ނާރުތަކުގެ) ޑިސްއޯޑަރ. —ކއ. disorderly.

disorganize

ޑިސްއޯގަނައިޒް. ކ. ތަރުތީބު/އިންތިޒާމު އޮޅުވައިލުން. ނިޒާމެއް ހަމައެއް ނެތް ގޮތް ހެދުން. ނއ. disorganized.

disorientate

ޑިސްއޯރިއެންޓެއިޓް. ކ. މީހަކަށް މިސްރާބު އޮޅޭގޮތް ހެދުން. މީހަކަށް ވާނުވާގޮތް ނޭނގޭ ގޮތް ހަދައި އޮޅުވައިލުން.

disown

ޑިސްއޯން. ކ. އަމިއްލަ އެއްޗެއްކަމަށް އިންކާރުކުރުން. އެއްޗަކާ ހުރި ގުޅުންތައް ކަނޑައިލުން.

disparage

ޑިސްޕަރިޖް. ކ. މީހަކު ނުވަތަ ކަމެއް ނިކަމެތިކޮށް ވާހަކަ ދެއްކުން. ދަށްކޮށްލުން. މ. އިދިކޮޅު ޓީމު ޑިސްޕަރިޖް ކުރެވޭނެ ކޮންމެ ފުރުޞަތެއްގެ ބޭނުން އޭނާ ކުރިއެވެ. ކއ. disparagingly. ނ. disparagement.

disparate

ޑިސްޕަރެޓް. ނއ. 1. ދެއެއްޗެއް އަޅާކިޔުމުގައި ތަފާތު. އަޅާނުކިޔޭ. 2. އެކަތި އަނެއް އެއްޗާ ވަރަށް ތަފާތު. މ. ޑިސްޕަރެޓް އާދަކާދަތައް ހުންނަ އަތޮޅުތައް.

disparity

ޑިސްޕެރިޓީ. ނ. ފަރަގު. ތަފާތު. މ. މާލެއާއި ހުރާ އާ ދެމެދު މުސާރަތަކުގައި ހުންނަ ޑިސްޕެރިޓީ.

dispassionate

ޑިސްޕެޝަނެއިޓް. ނއ. ޝުޢޫރާއި ތަޢައްޞުބުން އެއްކިބާވެފައިވާ، ވަކިފަރާތަކަށް ނުޖެހޭ. މަޑުމައިތިރިކަމާ އެކު.

dispatch

ޑިސްޕެޗް. ކ. 1. މަންޒިލަކަށް ފޮނުވުން ނުވަތަ އެހެން މަޤްޞަދެއްގައި ފޮނުވުން. 2. މަރާލުން، ނައްތައިލުން. 3. ނިންމައިލުން. އަވަހަށް ނައްތައިލުން. —ނ. 1. ޑިސްޕެޗްކުރުމުގެ ޢަމަލު. 2. އަވަސް، ހަލުވި. މ. އޭނާ ހަރަކާތްތެރިވީ ޑިސްޕެޗް އާއެކުއެވެ. 3. އަވަހަށް ފޮނުވާ ރަސްމީ މެސެޖެއް ނުވަތަ ސިޓީއެއް. 4. ނޫހަކަށް ފޮނުވާ ރިޕޯޓެއް. dispatch-box ރަސްމީ މެސެޖާއި ސިޓީ އާއި ރިޕޯޓް ފަދަތަކެތި އަޅާ ފޮށިގަނޑެއް ނުވަތަ ދަބަހެއް ނުވަތަ އެފަދަ ކަންވާރެއް. dispatch-rider މޮޓޮރސައިކަލްގައި ރަސްމީ ލިޔުންތައް ތަންތަނަށް ގެންދާ މީހެއް.

dispel

ޑިސްޕެލް. ކ. (dispelled, dispelling) ބުރުއްސައިލުން، ދުރަށް ފޮނުވުން. މ. ވައިގެ ސަބަބުން ދުންފިނި ޑިސްޕެލް ވުން. ވަސްވާސްތައް ޑިސްޕެލްކުރުން.

dispensable

ޑިސްޕެންސަބްލް. ނއ. ކޮންމެހެން ބޭނުން ނުވާ. އެއާ ނުލައި އުޅެވޭ، ކަމެއް ކުރެވޭ.

dispensary

ޑިސްޕެންސަރީ. ނ. ޑޮކްޓަރީ ބޭސް ޑިސްޕެންސްކުރާ ތަނެއް.

dispensation

ޑިސްޕެންސެއިޝަން. ނ. 1. ގަވާއިދަކުން، ޖޫރިމަނާއަކުން، މަސްއޫލިއްޔަތަކުން އިސްތިސްނާކުރާ ކުރުން. މ. ކުއްޖަކު 18 އަހަރުވުމުގެ ކުރިން ސައިކަލް ދުއްވުމުގެ ޚާއްޞަ ޑިސްޕެންސެއިޝަން އެއް ދިނުން. 2. ވަކި ދުވަސްވަރަކު އޮންނަ ސިޔާސީ، ދީނީ، އިޖްތިމާޢީ ފަދަ ނިޒާމެއް. 3. އެއްޗެތި ޑިސްޕެންސްކުރުމުގެ ޢަމަލު. 4. ތަރުތީބުކޮށް ހިންގުން، ޚާއްޞަކޮށް ޤުދްރަތުން ދުނިޔެ.

dispense

ޑިސްޕެންސް. ކ. 1. ބެހުން. ބައިއަޅައި ދިނުން. ފޯރުކޮށްދިނުން. މ. އިންސާފު ޑިސްޕެންސްކުރާ ބަޔަކީ ފަނޑިޔާރުން. 2. ބޭސް ސިޓީއަށް ބޭސް ތައްޔާރުކޮށް ދިނުން. dispense with އެއާ ނުލައި ކުރިއަށް ގެންދިއުން. ބޭނުން ނުވާކަމަށް ނިންމުން. dispensing chemist ޑޮކްޓަރީ ބޭސް ޑިސްޕެންސް ކުރުމުގެ ހުއްދަ އޮންނަ މީހެއް.

dispenser

ޑިސްޕެންސަރ. ނ. 1. ލިޔެފައިވާ ސިޓީއަކަށް ބޭސް ދޭ މީހެއް. 2. އެއްޗެއް ދޫކުރާ/ފައިބާ އާލަތެއް. މ. ފިތާލުމުން ދިޔާ ސައިބޯނި ފައިބާ ޑިސްޕެންސަރ.

dispersant

ޑިސްޕާރސަންޓް. ނއ. އެކި ދިމާއަށް އެއްޗެތި ބުރުއްސާލައި ގޭހެއް ނުވަތަ ދިޔައެއް.

disperse

ޑިސްޕާރސް. ކ. އެކި ދިމަދިމާއަށް ބުރުއްސާލުން ނުވަތަ ފޮނުވައިލުން. ވިއްސިވިހާލިވުން. ބެހިގެން ދިއުން. ނ.dispersion, dispersal.

dispirited

ޑިސްޕްރިޓިޑް. ނއ. ރޫޙް ގެއްލުން. ފޯރިއާއި ޖޯޝް ދިއުން. ދެރަވުން.

displace

ޑިސްޕްލޭސް. ކ. 1. އެއްޗެއް ހުރި ތަނަކުން އެހެން ތަނަކަށް ޖެއްސުން. 2. އެއްޗެއް ހުރި މަޤާމްއެއްގައި އެހެން އެއްޗެއް ބެހެއްޓުން. 3. ހުރިތަނުން ބޭރުކޮށްލުން. މ. ދަނޑުގައިވާ ތޮނަތައް ބިންބި ގަސްތައް ޑިސްޕްލޭސްކުރެއެވެ.

display

ޑިސްޕްލޭ. ކ. 1. ދެއްކުން. ދެއްކުމަށް އެތުރުން. 2. ޖަނަވާރާ މެދު. އެކަތި އަނެއް އެއްޗަށް ފަރި ދެއްކުން. —ނ. 1. ޑިސްޕްލޭ ކުރާކުރުން. 2. ފާހަގަވާގޮތަށް ދައްކާ އެއްޗެއް. 3. ދޫނިސޫފާސޫފި ވަކި ތަރުތީބަކުން ނަށައި އަޑުލައްވައި އުޅޭ އުޅުމެއް. 4. މަޢުލޫމާތު ހާމަކުރާ ސްކްރީނެއް ނުވަތަ އެފަދަ އެއްޗެއް.

displease

ޑިސްޕްލީޒް. ކ. ރުޅިއެރުވުން. ނުރުހުންތެރިކަން ލިބުން. ރުޅި އައުން. މ. ސިޓީގެ މޭރުމުން އޭނާ ޑިސްޕްލީޒް ވިއެވެ.

displeasure

ޑިސްޕްލެޜަރ. ނ. ހިތްހަމަ ނުޖެހުން. ނުރުހުމުގެ ޝުޢޫރު.

disport

ޑިސްޕޯޓް. ކ. ރަސްމީ ބަހުރުވައިން ކުޅިވަރު ކުޅުން. މުނިފޫހިފިލުވުން.

disposable

ޑިސްޕޮއުޒަބްލް. ނއ. 1. ޑިސްޕޯޒް ކުރެވޭ. 2. މީހަކު ކުރާނެ ކަމެއް ކުރުމުގެ އިޚްތިޔާރު އޭނާ ލިބިގެންވާ. disposable income ޓެކްސް ދެއްކުމަށް ފަހު ބާކީ ހުންނަ އާމްދަނީ. 3. އެއް ފަހަރު ބޭނުންކޮށްފައި އެއްލައިލުމަށް ފަރުމާކޮށްފައިވާ. މ. ޓިޝޫ ކަރުދާސް.

disposal

ޑިސްޕޮއުޒަލް. ނ. އެއްޗެއް އެއްލައިލާ/ދޫކޮށްލާ ޢަމަލު.at one’s disposal މީހަކު ބޭނުން ގޮތަކަށް ޢަމަލުކުރުމަށް އެމީހާގެ ބެލުމުގެ ދަށުގައި.

dispose

ޑިސްޕޯޒް. ކ. 1. ރަނގަޅަށް ނުވަތަ ތަރުތީބަކުން ބެހެއްޓުން. މ. ފަހުލަވާނުން ދެ ސަފަށް ޑިސްޕޯޒްކުރުން. 2. ކަންތައްތަކެއް ހިނގާނޭ ގޮތް ކަނޑައެޅުން. man proposes God disposes = ކަންކަން ހުށަހަޅަނީ އިންސާނާއެވެ. ކަންކަން ހިނގާނެ ގޮތް ނިންމަވަނީ ކަލާނގެއެވެ. 3. ކަމެއް ކުރުމަށް ރުހުން ނުވަތަ ތައްޔާރުވުން. ކަމެއް ކުރާހިތްވުން. އެމީހާގެ އެކުވެރިކަން ބޮޑުކަމުން، އެކަންތައްތައް ކޮށްދިނުމަށް އަހުރެމެން ޑިސްޕޯޒްވީއެވެ. be well disposed towards މީހަކާ ރަޙްމަތްތެރިކަން ބޭއްވުން ނުވަތަ އަޅައިލުންތެރިކަން ދިނުން. dispose of އެއްލައިލުން. ކަމެއް ނިންމަން އުޅުން.

disposition

ޑިސްޕޮޒިޝަން. ނ. 1. ތަރުތީބު. އެހެން އެއްޗިއްސާ އަޅައިބަލާއިރު، އެއްޗެއް އަތުރާ އެތުރުން. މ. ލަޝްކަރުގެ ޑިސްޕޮޒިޝަން. 2. މީހެއްގެ ޠަބީޢަތް. މ. އޭނާއަކީ މީހުން ރުހޭ ޑިސްޕޮޒިޝަން އެއް ހުންނަ މީހެކެވެ. 3. ޠަބީޢީ ގޮތުން ކަމަކަށް ހުންނަ ލެނބުމެއް. މ. އެމީހުންނަކީ ދޯނި ގަނެފައި އަވަހަށް ވިއްކާ ޑިސްޕޮޒިޝަން އެއް ހުންނަ ބައެކެވެ.

dispossess

ޑިސްޕޮސެޒް. ކ. މީހެއްގެ މިލްކިއްޔާތުން އެއްޗެއް (މ. ބިން، ގެދޮރު) ވަކިކުރުން. މ. ފައިސާ ނުދެއްކުމުން ސައިކަލް ޑިސްޕޮސެޒް ކޮށްފިއެވެ. ނ. dispossession.

disproportion

ޑިސްޕްރޮޕޯޝަން. ނ. އެއްޗެއް އެހެން އެއްޗެއްގެ ނިސްބަތުން ނުގުޅޭ ނުގުޅުން. މ. މާބޮޑު ނުވަތަ ކުޑަ. މ. ކުރާ މަސައްކަތާއި ލިބޭ މުސާރަ އާ ދެމެދު ޑިސްޕްރޮޕޯޝަން އެއް ހުރުން.

disproportionate

ޑިސްޕްރޮޕޯޝަނެޓް. ނއ. ނިސްބަތުން ނުގުޅުން. ކއ. disproportionately.

disprove

ޑިސްޕްރޫވް. ކ. ޚިޔާލެއް ނުވަތަ ހުށަހެޅުމެއް ނުބައިކަން ނުވަތަ ކުށްކަން ސުބޫތުކުރުން. ނުރަނގަޅުކަން ދަލީލާއެކު ދެއްކުން.

disputable

ޑިސްޕިއުޓަބްލް. ކއ. ސުވާލު އުފެދޭ. އިދިކޮޅަށް ވާހަކަ ދެއްކޭނޭ. ޙަޤީޤަތެއް ކަމަށް ޤަބޫލުނުރެވޭތީ ޝައްކު ކުރެވޭ.

disputant

ޑިސްޕިއުޓަންޓް. ނ. ޑިސްޕިއުޓް ގެ ބައިވެރިއެއް. ދެކޮޅަށް ޒުވާބުކުރާ މީހާ.

disputation

ޑިސްޕިއުޓޭޝަން. ނ. ޒުވާބު. ޖަދަލު. ދެކޮޅަށް ވާހަކަދައްކާ ބަހުސެއް. މުނާޒަރާއެއް.

dispute

ޑިސްޕިއުޓް. ކ. 1. ޒުވާބުކުރުން. ޖަދަލުކުރުން. 2. އަރައިރުންވުން. 3. އެއްޗެއްގެ ތެދުކަމާ މެދު ސުވާލު އުފެއްދުން. މ. މިލްކުވެރިކަން ޑިސްޕިއުޓިޑް ގޯއްޗެއް.

dispute

ޑިސްޕިއުޓް. ނ. 1. ޖަދަލެއް. 2. އަރައިރުމެއް. in dispute އަރައިރުމެއްގައިވާ.

disqualify

ޑިސްކޮލިފައި. ކ. (disqualified, disqualifying) 1. ގަވާއިދާ ޚިލާފުވެގެން މުބާރާތަކުން ވަކިކުރުން. 2. ކުފޫ ހަމަނުވެގެން ޝަރުޠު ހަމަނުވުން. މ. ލޮލަށް ނުފެންނާތީ ސިފައިންގެއަށް ވަނުމަށް ޑިސްކޮލިފައިވުން. ނ. disqualification.

disquiet

ޑިސްކްވައިއެޓް. ނ. ނުތަނަވަސްކަން. ހިތްހަމަޖެހިގެން ނުވުން. —ކ. މިގޮތް ހެދުން. ކއ. disquieting. މ. ޑިސްކްވައިއެޓިން ވާހަކައެއް އަޑުއެހުން.

disquisition

ޑިސްކްވިޒިޝަން. ނ. އެއްޗަކާ ބެހޭ ގޮތުން ބުނާ ނުވަތަ ލިޔެފައިވާ ވަރަށް ދިގު ވާހަކައެއް.

disregard

ޑިސްރިގާޑް. ކ. ސަމާލުކަން ނުދިނުން، މުހިއްމުކަމަށް ނުދުށުން. —ނ. ކަމަކަށް ސަމާލުކަން ނުދިނުން. މުހިއްމުކަމަށް ނުދުށުން. މ. އޭނާ ސަލާމަތްތެރިކަން ޑިސްރިގާޑްކޮށް ފުރާޅުން ފުއްމާލައިފިއެވެ.

disrepair

ޑިސްރިޕެއަރ. ނ. މަރާމާތު ނުކުރުމުގެ ސަބަބުން ޙާލަތު ގޯސްވެފައި. މ. ގެއެއް ޑިސްރިޕެއަރ އަށް ވެއްޓިފައި.

disreputable

ޑިސްރެޕިޔޫޓަބްލް. ނއ. ނުބައި ނަމެއް ލިބިގެންވާ. އުޅުމާއި ފެންނަ ފެނުމުގައި އިޙްތިރާމް ނުކުރެވޭ.

disrepute

ޑިސްރެޕިޔޫޓް. ނ. އަބުރު ނުވަތަ އިޙްތިރާމް ނެތުން. އަގުވެއްޓުން. މ. ގޯލްކީޕަރު ވައްކަން ކުރުމުން ޓީމު ޑިސްރެޕިއުޓަށް ހުށަހެޅިއްޖެއެވެ.

disrespect

ޑިސްރެސްޕެކްޓް. ނ. ބޭއިޙްތިރާމް. ވާހަކަދެއްކުމާއި ޢަމަލުކުރުމުގައި ގޮތްކުޑަ. —ކ. ބޭއިޙްތިރާމާއެކު އަމަލުކުރުން.

disrobe

ޑިސްރޯބް. ކ. ރަސްމީ ހެދުން ބޭލުން. ހެދުން ބޭލުން.

disrupt

ޑިސްރަޕްޓް. ކ. ހަލާކުކޮށްލުން ނުވަތަ ތަރުތީބާއި އިންތިޒާމު ގެއްލުވައިލުން. އެއްޗެއްގެ އޮމާން ދުވެއްޔަށް ހުއްޓުމެއް ގެނައުން. މ. އެތެރޭގެ ކޯޅުންތައް ޕާޓީގެ ގުޅުންތައް ޑިސްރަޕްޓްކޮށްފިއެވެ. ނ. disruption.

disruptive

ޑިސްރަޕްޓިވް. ނއ. ޑިސްރަޕްޝަން ގެނުވާ.

dissatisfaction

ޑިސްސެޓިސްފެކްޝަން. ނ. ހިތްހަމަނުޖެހުން ނުވަތަ ނުރުހުން.

dissatisfied

ޑިސްސެޓިސްފައިޑް. ނއ. ކަމަކާ ނުވަތަ އެއްޗަކާ މެދު ހިތްހަމަޖެހިފައި ނުވާ.

dissect

ޑިސެކްޓް. ޑައިސެކްޓް. ކ. 1. ފަޅައިލުން (ޚާއްޞަކޮށް ހަށިތެރެ ތަޙްޤީޤްކުރަން ހައިވާނެއް). 2. ޚިޔާލެއް ނުވަތަ ނަޒަރިއްޔާއެއް ބައިބައިކޮށް ތަޙްޤީޤްކުރުން. ނ. .dissection, dissector

dissemble

ޑިސެމްބްލް. ކ. އިޙްސާސްތަކާއި ޝުޢޫރުތައް ފޮރުވުން. މ. އޭނާ އާ ބައްދަލުވުމުން ޙަޤީޤީ ޝުޢޫރުތައް ޑިސެމްބްލް ކުރަމުން ހިނިތުންވެލިއެވެ.

disseminate

ޑިސެމިނެއިޓް. ކ. 1. ޚިޔާލު/ޚަބަރު/މަޢުލޫމާތު ފުޅާކޮށް ފެތުރުން. 2. އެހެން އެއްޗެއް ވެސް ފެތުރުން. މ. ހަށިގަނޑުގައި ބައްޔެއް. ނ. dissemination.

dissension

ޑިސެންޝަން. ނ. މައްސަލަތަކާއި ނުއެންގާނިކަމަށް ތަންދޭ ދެބަސްވުން.

dissent

ޑިސެންޓް. ކ. ތަފާތު ޚިޔާލެއް ފާޅުކުރުން ނުވަތަ ގެންގުޅުން. —ނ. ތަފާތު ޚިޔާލު. ނ. dissenter.

dissentient

ޑިސެންޝަންޓް. ނއ. ރަސްމީ ނުވަތަ ގިނަ މީހުންގެ ޚިޔާލާ ތަފާތު. ނ. މިފަދަ ޚިޔާލުގެ މީހެއް.

dissertation

ޑިސަޓެއިޝަން. ނ. ވަކި މައުޟޫޢުއަކަށް ދައްކާ ނުވަތަ ލިޔާ ވާހަކަ. ޚާއްޞަކޮށް، މަތީ ތަޢުލީމުގައި ސަނަދެއް ހޯދުމަށް.

disservice

ޑިސްސާރވިސް. ނ. ގެއްލުން ހުރި ޢަމަލެއް (ޚާއްޞަކޮށް ރަނގަޅު ކަމެއް ކޮށްދޭ ހިތުން ކުރާ).

dissident

ޑިސިޑަންޓް. ނއ. އެއްބަސްނުވާ. —ނ. އަމުރުވެރި ފަރާތާ ދެކޮޅު ނުވަތަ އެފަރާތްތަކާ ނުޤަބޫލް މީހެއް.

dissimilar

ޑިސިމިލަރ. ނއ. ވައްތަރު ނޫން. ތަފާތު. ނ. dissimilarity.

dissimulation

ޑިސިމިޔުލޭޝަން. ނ. ޙަޤީޤީ ޝުޢޫރުތަކާއި ފިކުރުތަކާއި އުޅުން ފޮރުވައިގެން އުޅޭ އުޅުން. މ. ސިޔާސީވެރިންނަށް އެންމެ މުހިއްމު އެއް ސިފައަކީ ޑިސިމިޔުލޭޝަން އެވެ.

dissipate

ޑިސިޕޭޓް. ޑިސިޕެއިޓް. ކ. 1. ޝުޢޫރަކާ މެދު ނަމަ، ނެތިގެން ދިއުން. މ. ލޯބި ޑިސިޕޭޓް ވުން. ފެތުރި ހުސްވެގެން ދިއުން. މ. ދުން. 2. (ފައިސާ، ވަސީލަތްތައް، ހިތްވަރު) އިސްރާފުވެގެން ދިއުން. ގެއްލިގެން ދިއުން. މ. ވާރުތައަށް ލިބުނު މުދައު އަހަރެއްގެ ތެރޭގައި ޑިސިޕެއިޓްވުން.

dissipation

ޑިސިޕެއިޝަން. ނ. ޑިސިޕެއިޓްވާކަމެއް. ފާސިޤްދިރިއުޅުމެއް.

dissipated

ޑިސިޕެއިޓިޑް. ނއ. ދުނިޔެވީ އަރާމުތަކުގެ ތެރޭގައި ގެނބިގެންވާ. ފާސިޤް އުޅުމެއް އުޅޭ.

dissociate

ޑިސޯޝިއޭޓް. ކ. މީހެއްގެ ޚިޔާލުގެ ތެރޭގައި ވަކިކުރުން. ގުޅުމެއް ނުވާކަމަށް ބަޔާންކުރުން. މ. ހައްދު ފަހަނައަޅައިފައިވާ ޖަމާޢަތާ އޭނާ ޑިސޯޝިއޭޓް ވެއްޖެއެވެ. ކެމިސްޓްރީގައި މޮލިކިޔުލެއް އޭގެ ބަހާތަކަށް ނުވަތަ ކުދި ބައިތަކަށް ވަކިކޮށްލުން. ނ. dissociation.

dissolute

ޑިސަލޫޓް. ނއ. އަޚްލާޤީ ގޮތުން އެދުންތަކާ ކޮންޓްރޯލް އެއް ނެތް. އަމިއްލަ އެދުންތައް މަތަކުރުމުގެ ބާރެއް ނެތް. ފާސިޤް، ފާޖިރު.

dissolution

ޑިޒޮލިޔުޝަން. ނ. ގުޅުމެއް، ޖަމާޢަތެއް ނިމުމަކަށް ގެނައުން. އިނގިރޭސިވިލާތުގައި ހުރީ ރޯމަން ކެތޮލިކް މަޒުހަބުގެ މޮނާސްޓަރީތައް ނައްތައިލުމުގެ ޢަމަލު. މިކަމެއް ހިނގީ ހެންރީ (އަށެއް) ގެ ދުވަސްވަރުއެވެ.

dissolve

ޑިޒޯވް. ކ. 1. ގިރުވުން. ދިޔައަކަށް ގެއްލި ހުސްވާގޮތް ހެދުން. 2. މަޑުމަޑުން ޣައިބުވާ، ގެއްލޭގޮތް ހެދުން. 3. ކަމަކަށް ނިމުމެއް ގެނައުން މ. ކައިވެނި. އުވައިލުން. މ. މަޖިލިހެއް. 4. ޖަޒުބާތަށް ތަންދިނުން. މ. އެކަމަނާ ކަރުނައަށް ޑިސޯވް ވެއްޖެއެވެ.

dissonant

ޑިސޮނަންޓް. ނއ. އަޑުގެ ގޮތުން އެކުލެވުމެއް ނެތުން. އެކުމުތު ނުވުން. އަޅައިގަންނަ، ޢާއްމުގޮތްތަކާ ޚިލާފު. މ. ގޭގައި ޑިސޮނަންޓް ކުލަލުން.

dissuade

ޑިސުވެއިޑް. ކ. ކަމެއް ނުކުރުމަށް ހިތްވަރުދިނުން ނުވަތަ ބާރުއެޅުން. މ. ވިއްސާރައިގައި ފުރުމަށް ޑިސުއެއިޑް ކުރުން. ނ. dissuasion.

dissuasive

ޑިސުވެއިސިވް. ނއ. ޑިސުވެއިޑް ކުރާ. މ. އިރުޝާދެއް.

distaff

ޑިސްޓާފް. ނ. އުއިވަށަން ގެންގުޅޭ ކަފި ދަނޑިބުރިއެއް. ފިރޯށި. on the distaff side މަންމަ ފަރާތު.

distance

ޑިސްޓަންސް. ނ. 1. އެއްތަނަކާއި އަނެއް ތަނަކާ ހުންނަ ދުރުމިން. ރާސްތާ. 2. ދުރުގައިވާ އެއްޗެއް ނުވަތަ ތަނެއް. 3. ދުރުގައިވާ ވުން. ގާތްނުވުން. —ކ. ރޭހެއްގައި އަނެކާ އަށް ވުރެ ދުރަށް ދިއުން. keep someone at a distance މީހަކު ގާތްކޮށްގެން ނުގެންގުޅުން. ދުރުގައި ބެހެއްޓުން. keep one’s distance ކަމަކާ ނުވަތަ ތަނަކާ ދުރުވެގެން އުޅުން. ގާތްވެގަނެގެން ނޫޅުން. within walking distance ހިނގާފައި ދެވޭ ހިސާބުގައި.

distant

ޑިސްޓަންޓް. ނއ. 1. އެކަށީގެންވާ ދުރުމިނުގައި. މ. ތިން ކިލޯމީޓަރު ޑިސްޓަންޓް. 2. ގުޅުމުގެ ގޮތުން ނުވަތަ މުއްދަތުގެ ގޮތުން ނުވަތަ ވަގުތުގެ ގޮތުން ދުރުގައި. މ. ޑިސްޓަންޓް ބޭބެއެއް. ކއ. distantly.

distaste

ޑިސްޓެއިސްޓް. ނ. ނުރުހުން. ނަފުރަތު.

distasteful

ޑިސްޓެއިސްޓްފުލް. ނ. ނުރުހެވޭ. ހިތްގައިމުނޫން. މ. ކަމެއް ޑިސްޓެއިސްޓްފުލްވުން. ކއ. .distastefully

distemper

ޑިސްޓެމްޕަރ. ނ. 1. ކުއްތާއާއި ބައެއް ޖަނަވާރަށް ޖެހޭ ކެއްސުމާއި ބަލިވެއުޅުން އުފައްދާ ބައްޔެއް. 2. ކުލަ ހުންނަ އެއްޗެއް މުގުރައި ތެރަހާ އެއްކޮށްގެން ހަދާ ދަވާދެއް ނުވަތަ ކުލައެއް. —ކ. މީގެން ކުލަ ޖެއްސުން.

distend

ޑިސްޓެންޑް. ކ. އެތެރޭގައިވާ ގޭހެއްގެ ސަބަބުން ނުވަތަ އެހެންކަމަކުން ގުނަވަނެއް ދުޅަވެ ފުއްޕުން. ނ. distension.

distil

ޑިސްޓިލް. ކ. (distilled, distilling) 1. ޑިސްޓިލޭޝަން ބޭނުންކުރުން. އާވިން އަރަގުނެގުން. 2. އެއްޗެއް ހޫނުކޮށްގެން ގޭހަށް ހަދައި ފިނިކޮށްގެން ދިޔާކޮށްގެން އަރަގުނެގުން. މިގޮތަށް ތަކެތި ސާފުކުރުން، އުފެއްދުން. 2. ޑިސްޓިލޭޝަން އަށް އެއްޗެއް ހުށަހެޅުން.

distillation

ޑިސްޓިލޭޝަން. ނ. 1. އެއްޗެއް ހޫނުކޮށް ގޭހަށް ބައެއް ހެދުމަށްފަހު ފިނިކޮށްގެން ގޭހުން ބައެއް ދިޔައަކަށް ހަދައި އަރަގު ނަގާނެގުން. މިކަން ސާފުކުރުމަށް ނުވަތަ ވަކި ބައެއް ވަކިކުރުމަށް ކޮށްފާނެއެވެ. 3. މިގޮތަށް ނަގާފައިވާ ދިޔަ.

distiller

ޑިސްޓިލަރ. ނ. ރާ ކައްކާ މީހެއް. ތަކެތި ޑިސްޓިލް ކުރާ މީހެއް. ނ. distillery މިކަން ކުރާ ތަން.

distinct

ޑިސްޓިންކްޓް. ނއ. 1. ޙިއްސުތަކުން ނުވަތަ ސިކުނޑިން އޮޅުމެއްނެތި ސާފުކޮށް ދެނެގަނެވޭ. މ. ޑިސްޓިންކްޓް ކުރިއެރުމެއް. 2. ބާވަތުގެ ގޮތުން ތަފާތު. މ. އޭނާ މުނިފޫހިފިލުވަން ކުރާ މަސައްކަތް ވަޒީގައި ކުރާ މަސައްކަތާ ޑިސްޓިންކްޓް އެވެ. ކއ. distinctly. ނ. distinctness.

distinction

ޑިސްޓިންކްޝަން. ނ. 1. ތަކެތީގެ މެދުގައިވާ ތަފާތުތައް އެނގޭކަން ނުވަތަ ތަފާތުކުރަން އެނގޭކަން. 2. ފެންނަ ނުވަތަ ނެރެފައިވާ ފަރަގު. 3. އެކަތި އަނެއް އެއްޗާ ތަފާތުކުރާ ސިފަ. 4. ޝަރަފުގެ ނިޝާނެއް. 5. ވަރަށް މޮޅު. އިމްތިޔާޒު. މ. ޑިސްޓިންކްޝަންގެ މީހެއް.

distinctive

ޑިސްޓިންކްޓިވް. ނއ. އެހެން އެއްޗަކާ ތަފާތުކަން ހާމަވާ ސިފައެއް ހިމެނޭ. distinct އާ މާނަ ތަފާތު. މ. distinct sign – distinctive sign ޑިސްޓިންކްޓް ސައިން އަކީ ސާފުކޮށް އެނގޭ ނިޝާނެއް. ޑިސްޓިންކްޓިވް ސައިން އަކީ އެހެން ނިޝާންތަކާ ތަފާތު ނިޝާނެއް.

distinguish

ޑިސްޓިންގްވިޝް. ކ. 1. ތަފާތު ދެއްކުން ނުވަތަ ފެނުން. މ. ޙަޤީޤީ ތެދާއި މީހުން ދައްކާ ވާހަކައިގެ ތަފާތު ޑިސްޓިންގްވިޝްކުރަން ވާނެ. 2. އެއްޗެއް އެހެން އެއްޗިއްސާ ތަފާތުކުރުން. އެއްޗެއްގެ ޠަބީޢީ ތަފާތު ސިފައަކަށް ވުން. މ. ބަހަކީ އިންސާނުންނާއި ހައިވާނު ޑިސްޓިންގްވިޝް ކުރާ އެއްޗެއް. 3. އަޑުއަހައިގެން ނުވަތަ ބަލައިގެން ދެތުން. މ. އޭނާއަކަށް ދުރުން ފެންނަ އެއްޗިއްސެއް ޑިސްޓިންގްވިޝްއެއް ނުކުރެވެއެވެ. 4. ފާހަގަކުރެވޭ ގޮތް ހެދުން، ޢިއްޒަތް ގެނައުން. މ. އޭނާގެ ކެރުމުން އޭނާގެ ނަފްސް ޑިސްޓިންގްވިޝް ކޮށްފިއެވެ.

distinguished

ޑިސްޓިންގުއިޝްޑް. ނއ. 1. ފުރިހަމަކަން ހާމަކުރާ. 2. ޙާޞިލްކޮށްފައިވާ ކަންތައްތަކެއްގެ ސަބަބުން މަޝްހޫރު. 3. ޤަދަރާއި މަތިވެރިކަން ހާމަވާ. މ. ޑިސްޓިންގުއިޝްޑް މެހެމާނުން.

distort

ޑިސްޓޯޓް. ކ. 1. ދަމައިގެން ނުވަތަ ފެލައިގެން ބައްޓަމެއްގެ ސިފަ ގެއްލުވައިލުން. މ. ފޮތިގަނޑެއްގެ އެއްކަނަށް ދަމައިގެން ޑިސްޓޯޓްކުރުން. 2. ދޮގުހަދައިގެން އޮޅުވާލުމަށް ވާހަކަ ދެއްކުން. 3. އިލެކްޓްރިކް ރާޅެއްގެ ސިފަ ގެއްލުވައިލުން/ގެއްލުން (މ. ސްޕީކަރު ހަލާކުވެގެން އަޑު ފިސްވުން). ނ. distortion.

distract

ޑިސްޓްރެކްޓް. ކ. މީހަކު ކަމަކަށް ވިސްނަން ނުވަތަ ސަމާލުކަން ދިނުމަށް ހުރަސްއެޅުން.

distracted

ޑިސްޓްރެކްޓިޑް. ނއ. ހިތާމައެއްގެ ސަބަބުން ނުވަތަ ފިކުރެއްގެ ސަބަބުން ސަމާލުކަން ދޭން ދަތިވެފައިވާ.

distraction

ޑިސްޓްރެކްޝަން. ނ. 1. ކަމަކަށް ސަމާލުކަން ދިނުމަށް ދަތިކުރާ އެއްޗެއް. 2. މުނިފޫހިފިލުވުމުގެ ކަމެއް. 3. މޮޅިވެރިކަމާއި ފިކުރުބޮޑުވުން. to distraction ކަމަކާ މޮޔަވާ ހިސާބަށް.

distrain

ޑިސްޓްރެއިން. ކ. ދަރަންޏެއް އަދާކުރުމަށް މީހެއްގެ މިލްކިއްޔާތުން ބައެއް ހިފުން.

distraint

ޑިސްޓްރެއިންޓް. ނ. ދަރަންޏެއް އަދާކުރުމަށް ނުވަތަ އެއިން ބައެއް ވިއްކައިގެން ދަރަނި ދެއްކުމަށް މީހެއްގެ މުދައު ހިފާހިފުން.

distraught

ޑިސްޓްރޯޓް. ނއ. ވަރަށް ބޮޑަށް ކަންބޮޑުވެ ހާސްވެ، ހަދާނެގޮތް ހުސްވެފައި. ހިތާމައިން ނުވަތަ ފިކުރުން މޮޔަވާވަރުވެފައި.

distress

ޑިސްޓްރަސް. ނ. 1. ތަދުވުމުން، ފިކުރުކުރުމުން، ބަލިވުމުން، ވަރުދިއުމުން ލިބޭ އުނދަގޫ. ތަކުލީފު. 2. ހަލާކުވުމުގެ ނުވަތަ އެހީބޭނުންވާ ޙާލަތު. މ. ޑިސްޓްރަސްގައިވާ ދޯންޏެއް. —ކ. ޑިސްޓްރަސް ދިނުން ނުވަތަ ކުރިމަތިވުން.

distribute

ޑިސްޓްރިބިއޫޓް. ކ. 1. ބައިބައިކުރުމަށް ފަހު ނުވަތަ ބައިތަކަކަށް އެޅުމަށް ފަހު، ކޮންމެ މީހަކަށް ނުވަތަ އެއްޗަކަށް ބައެއް ދިނުން. 2. ފެތުރުން، ވިއްސާލުން، އެކި ތަންތަނުގައި ބެހެއްޓުން. މ. އަސްވާރުން މައިދާނަށް ޑިސްޓްރިބިއުޓް ކުރުން. ނ. distribution.

distributive

ޑިސްޓްރިބިއުޓިވް. ނއ. ބައިއަޅައި ބެހުމާ ބެހޭ ނުވަތަ މިކަމަށް ނިސްބަތްވާ.

distributor

ޑިސްޓްރިބިއުޓަރ. ނ. 1. ތަކެތި އެކި ފަރާތްތަކަށް ބަހާ މީހެއް. މުދައު ބާޒާރަށް ވިއްކުމަށް ނެރޭ އެޖެންޓެއް. 2. ބައެއް އިންޖީނުގެ ސްޕާރކް ޕްލަގްތަކަށް ކަރަންޓު ފޮނުވާ އާލަތް.

district

ޑިސްޓްރިކްޓް. ނ. ޤައުމެއްގެ ނުވަތަ ސިޓީއެއްގެ ނުވަތަ ކައުންޓީއެއްގެ ޚާއްޞަ ސިފައެއް ލިބިގެންވާ ބައެއް. މިބައި ދެކޭނީ އިދާރީ ގޮތުން ހިންގުމަށް ނުވަތަ އެހެން ބޭނުމަކަށް ވަކި ސަރަޙައްދެއްގެ ގޮތުގައެވެ. އަވަށެއް.

distrust

ޑިސްޓްރަސްޓް. ނ. ޝައްކު، ރީބަ. އިތުބާރު ނެތުން. އިޢުތިމާދު ނެތުން. —ކ. އިތުބާރުނުކުރުން. ކއ. distrustful.

disturb

ޑިސްޓާރބް. ކ. 1. ހަމަހިމޭންކަން، އަރާމު، ނުވަތަ މަޑުމައިތިރިކަން ނަގާލުން. އުނދަގޫކުރުން. 2. ހަމަޖެހިފައިވާ ތަނަކުން ގުޑުވައިލުން. disturbed ފިކުރީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން ހަމަނުޖެހޭ. އާދަޔާ ޚިލާފު.

disturbance

ޑިސްޓަރބަންސް. ނ. 1. ޑިސްޓަރބް ކުރުމުގެ ޢަމަލު. 2. އިޖްތިމާޢީ ނުވަތަ ސިޔާސީ ހަމަޖެހުން ނަގައިލާ ނަގައިލުން. ސިޔާސީ ނުވަތަ އިޖްތިމާޢީ ގަނޑުބަނޑު.

disunity

ޑިސްޔުނިޓީ. ނ. ޔުނިޓީ (އެއްބައިވަންތަކަން) ނެތުން.

disuse

ޑިސްޔޫޒް. ނ. ބޭނުން ނުކުރާ ނުކުރުން. މ. ޑިސްޔޫސްގެ ސަބަބުން ދަބަރުޖަހާފައިވާ. ނއ. disused މިހާރު ބޭނުން ނުކުރާ.

ditch

ޑިޗް. ނ. ހިމަ ދިގު ޚަންދަޤެއް ނުވަތަ ކާނެއް. މީގެ ބޭނުމަކީ ފެން ދަތުރުކުރިއަ ދިނުން ނުވަތަ އިމެއް ކަނޑައެޅުން. —ކ. 1. މިފަދަ ކާނު ހެދުން ނުވަތަ މަރާމާތުކުރުން. 2. ދުއްވާ އެއްޗެއް މިފަދަ ތަނަކަށް ދުއްވައި ލުން. 3. ނުރަސްމީ ބަހުރުވައިން މޫދަށް (މަތިންދާބޯޓެއް) އިމަރޖެންސީއެއްގައި ޖެއްސުން. 4. ނުރަސްމީ ބަހުރުވައިން ބޭނުންނުކޮށް ދޫކޮށްލުން، އެއްލައިލުން. އުނދަގޫވީމާ ދޫކޮށްލުން. dull as ditch water ވަރަށް އުޖާލާކަން ނެތް.

dither

ޑިދަރ. ކ. 1. ތުރުތުރު އެޅުން. 2. ގޮތެއް ނުނިންމައި ލަސްކުރެވި ޖެހިލުންވުން. —ނ. މިފަދަ ޙާލަތެއް. ކަންބޮޑުވުމުގެ ޙާލަތެއް. all of a dither.

ditto

ޑިޓޮއު. ނ. އަލުން ހަމަ އެކައްޗެއް. ބޭނުންކުރަނީ ލިސްޓެއްގައި ކުރިން ހިމެނޭ އައިޓަމެއް ތަކުރާރުނުކުރަން. say ditto to ނުރަސްމީ ބަހުރުވައިން ކުރިން ބުނި އެއްޗަށް ތާއީދުކުރާށޭ. އެއަށް އެއްބަސް ވާށޭ.

ditty

ޑިޓީ. ނ. ކުރު ސާދާ ލަވައެއް.

diuretic

ޑައިޔޫރެޓިކް. ނ. ފަހަރުވަ ގިނައިން ލެވޭ ބޭހެއް.

diurnal

ޑައިއާރނަލް. ނ. 1. ދުވާލަށް ނިސްބަތްވާ. ރޭގަނޑަށް ނިސްބަތް ނުވާ. 2. އެއްދުވަހުގެ މުއްދަތަށް ނިސްބަތްވާ.

divan

ޑިވާން. ޑައިވާން. ނ. ފަހަތް އުސްކޮށް އަރިމަތި ނުހުންނަ ސޯފާ ވައްތަރުގެ ފަރުނީޗަރެއް. މިގޮތަށް ހުންނަ އެނދު.

dive

ޑައިވް. ކ. 1. ފެނަށް ބޯކޮޅު ފުރަތަމަ ޖެހޭ ގޮތަށް ފުއްމާލުން. 2. (މަތިންދާބޯޓު) ބޯކޮޅު ތިރިއަށް ވެއްޓެން ދިއުން. 3. (ސަބްމެރިން) ފެނުގެ އަޑިއަށް ދިއުން. 4. ތިރިއަށް އަވަހަށް ދިއުން. މަންޒަރުން އަވަހަށް ގެއްލުން. އަވަހަށް ކުރިއަށް ދިއުން. މ. މީހަކު ފިހާރައަކަށް ޑައިވްކުރުން. 5. އެއްޗެއް (މ. އަތް) އެހެން އެއްޗެއްގެ ތެރެއަށް އަވަހަށް ބޭނުން. —ނ. 1. ޑައިވްކުރުމުގެ ޢަމަލް. 2. ތިރިއަށް ކުއްލިއަކަށް ދާ ދިއުމެއް. މިފަދަ ޙަރަކާތެއް. 3. ނުރަސްމީ ބަހުރުވައިން ހުތުރު ނަމެއް ލިބިފައިވާ ޖަގަހައެއް. dive-bomb ޑައިވް ކުރާ މަތިންބޯޓަކުން ބޮން އެޅުން. diving bird ފެނުގެ އެތެރެއިން މަސް ހިފާ ދޫނި. diving-board ޑައިވްކުރަން ބޭނުންކުރާ ފިލާ. diving-suit ފީނާ މީހުން ބޭނުންކުރާ ފެން ނުވަންނަ ޚާއްޞަ ހެދުމެއް.

diver

ޑައިވަރ. ނ. 1. ފީނާ މީހެއް. 2. ޑައިވިން ހެދުމެއް ލައިގެން ފެނުގެ އަޑީގައި މަސައްކަތް ކުރާ މީހެއް.

diverge

ޑައިވާރޖް. ކ. 1. އެއް ތަނަކުން ފެށިގެން ތަފާތު މިސްރާބުތަކަށް/ދިމަދިމާއަށް ދިއުން. އެކަތި އަނެއް އެއްޗާ ދުރަށް ދިއުން. 2. މަގަކުން ނުވަތަ މިސްރާބަކުން ކަތިވެގެން އެއްކިބާވެގެން ދިއުން. މ. ތެދުން ޑައިވާރޖްވުން = ތެދުން އެއްކިބާވުން. ނއ. divergent. ނ. divergence.

divers

ޑައިވާރޒް. (އިހުގެ މާނަ.) ނއ. އެކިއެކި. ގިނަ، ތަފާތު.

diverse

ޑައިވާރސް. ނއ. ތަފާތު އެކި ބާވަތްތަކުގެ. ވިވިދަ.

diversify

ޑައިވާރސިފައި. ކ. (diversified, diversifying). އެއްޗަކަށް ނުވަތަ ކަމަކަށް ވައްތަރު/ތަފާތު ގިނަކުރުން. ނ. diversification.

diversion

ޑައިވާރޝަން. ނ. 1. އެއްޗެއް ދާ މަގުން އެއްފަރާތަށް އަރާއެރުން. 2. ސަމާލުކަންދިނުމުން އެއްފަރާތްވުން. create a diversion މީހެއްގެ ސަމާލުކަން އެއްފަރާތަށް ޖެހޭ ކަހަލަ ކަމެއް ކުރުން. 3. ފޫހިފިލާ ޒާތުގެ ކަމެއް. 4. މަގެއް ބަންދުވުމުން މަންޒިލަށް ދާނެ އެހެން މަގެއް. ނއ. diversionary.

diversity

ޑައިވާރސިޓި. ނ. ވައްތަރު ގިނަ.

divert

ޑައިވާރޓް. ކ. 1. އެއްޗެއް އެ ދާ މިސްރާބުން އެއް ފަރާތަކަށް ޖެއްސުން. މ. ކޯރެއް ޑައިވާރޓްކުރުން. ސަމާލުކަން ޑައިވާރޓްކުރުން. 2. މުނިފޫހިފިލުވުން.

diverticulitis

ޑައިވަރޓިކިޔޫލިޓިސް. ޑައިވަރޓިކިޔުލައިޓިސް. ނ. ހަށިގަނޑުގެ ގުނަވަނަކާ ގުޅިފައިވާ އަރިމަތީ ބައެއް ދުޅަވުން.

diverting

ޑައިވާރޓިން. ނއ. މަޖާ. މުނިފޫހިފިލާ.

divest

ޑައިވެސްޓް. ކ. 1. ހެދުން ބޭލުން. 2. ނެގުން. މަޙްރޫމް ކުރުން. މ. divest him of his power މީހަކަށް ލިބިފައިވާ ބާރެއް އަތުލުން.

divide

ޑިވައިޑް. ކ. 1. އެކި ބައިތަކަށް ބައިކުރުން. ބައިބައިކޮށްލުން. މ. އާމްދަނީ ޑިވައިޑްކުރުން؛ ކޯރެއް ޑިވައިޑްވުން. 2. އެހެން އެއްޗަކުން ވަކިކޮށްލުން. 3. ތަފާތު ގުރޫޕްތަކަށް ބައިކުރުން، ގިންތިކުރުން. 4. ދެބަސްވުމެއް ވުން. މ. ޕާޓީ ޑިވައިޑްވީ އެ މައްސަލައިގައެވެ. 5. ވޯޓު ލުމުގައި މަޖިލިސް ދެބައިވުން. 6. އެއް އަދަދެއް އެހެން އަދަދެއްގައިވަނީ ކިތައް ފަހަރުތޯ ބެލުން. ގެއްލުން. 7. ގެއްލެވޭ ގޮތް ވުން. —ނ. divide އެއްޗެއް ދެބައިވާ ރޮނގު ނުވަތަ ތަން.

dividend

ޑިވިޑެންޑް. ނ. 1. ގެއްލަން ޖެހޭ ޢަދަދު. ބައިކުރަންޖެހޭ ޢަދަދު. 2. ހިއްސާދާރުންނަށް ފައިދާއިން ބަހާ ބައި. 3. ކަމަކުން ލިބޭ މަންފާ. އުފަކާރަ. her training paid dividends = އޭނާގެ ތަމްރީނުން މަންފާކުރިއެވެ.

divider

ޑިވައިޑަރ. ނ. ބައިބައިކުރާ އެއްޗެއް. ގެއްލާ ޢަދަދު. ކޮޓަރިއެއް ބައިކުރުމަށް ބޭނުންކުރާ އިސްކިރީނެއް ނުވަތަ ފަރުނީޗަރެއް. dividers ފަރުގާލުފޮށީގައި ހިމެނޭ ދެ ފައިކަށިލީ އާލަތެއް. ފަރުގާލު.

divination

ޑިވިނޭޝަން. ނ. ޣައިބުގައިވާ ކަންތައް ބެލުން. ފާލުބެލުން.

divine

ޑިވައިން. ނއ. 1. ކަލާނގެއަށް ނިސްބަތްވާ. 2. ވަރަށް ފުރިހަމަ، ރީތި. މ. ޑިވައިން މޫސުން. —ކ. ފާލުބެލުން، ރަމަލްޖެހުން. —ކއ. divinely. ނ. diviner. diving-rod އެއްޗެއް ވީ ތަން ހޯދުމަށް ފާލުބަލާ މީހުން ގެންގުޅޭ ކަފި ދަނޑިބުރިއެއް.

divinity

ޑިވިނިޓީ. ނ. 1. ކަލާނގެ. 2. ނަޞާރާ ދީނުގެ ޢިލްމު.

divisible

ޑިވިޒިބްލް. ނއ. ބައިބައި ކުރެވޭ. ގެއްލި ހުސްވާ. 12 އިން 3. ނ. divisibility.

division

ޑިވިޜަން. ނ. 1. ބައިބައިކުރުމުގެ ޢަމަލު. ގެއްލުން. 2. ވޯޓުގުނުމަށްޓަކައި، ޕާރލަމަންޓް ދެބަޔަށް ބަހައިލާ ބަހައިލުން. 3. ޕާޓިޝަންއެއް. ބައިކުރާ އެއްޗެއް. 4. އެއްޗެއް ބައިކުރީމާ އެއިން ބައެއް. 5. މުއައްސަސާގެ ބޮޑު ބައެއް ނުވަތަ ގޮތްޕެއް. division sign ގެއްލުމުގެ ނިޝާން ÷. ނއ. divisional.

divisive

ޑިވައިސިވް. ނއ. މީހުންގެ މެދުގައި ދެބަސްވުމާއި ދެކޮޅުވެރިކަން އުފައްދާ.

divisor

ޑިވައިސަރ. ނ. އަދަދެއް ގެއްލާ ޢާއްމުކޮށް ބޮޑު ޢަދަދު. 12 އިން 3 ގެއްލާނަމަ، 12. ގެލަހަރު.

divorce

ޑިވޯސް. ނ. 1. ކައިވެނި ރަސްމީގޮތުން ރޫޅާލާ ރޫޅާޅުން. ވަރި. 2. އެއްކޮށް ކުރިން ހުރި އެއްޗެއް ބައިބައިކުރުން. —ކ. ވަކިކުރުން، ޚާއްޞަކޮށް ފިކުރުގައި ނުވަތަ އިންތިޒާމުކުރުމުގައި.

divorcee

ޑިވޯސި. ނ. ވަރިކޮށްފައިވާ މީހެއް.

divot

ޑިވޮޓް. ޑިވަޓް. ނ. ގޮލްފު ދަބަކުން ޖެހުމުން ވިނަގަނޑުން ކެނޑިގެންދާ ބައި.

divulge

ޑައިވަލްޖް. ކ. (މަޢުލޫމާތު،ސިއްރު) ހާމަކުރުން. ނ. ޑިވަލްގޭޝަން. divulgation.

divvy

ޑިވީ. ނއ. ނުރަސްމީ ބަހުރުވައިން ފައިދާ ބެހުމުން ލިބޭބައި. —ކ. ނުރަސްމީ ބަހުން ބެހުން. (divvied, divvying)

Diwali

ޑިވާލި. ނ. އޮކްޓޯބަރ/ނޮވެމްބަރ ގައި އޮންނަ ހިންދީންގެ ޢީދެއް. މި ޢީދުގައި ގިނަ ދިއްލުންތަކެއް ދިއްލައެވެ.

dixie

ޑިކްސީ. ނ. ކޭމްޕް ކުރާ މީހުން ސުރުވާ ނުވަތަ ސައި ކައްކަން ގެންގުޅޭ ބޮޑު ތެއްޔެއް.

Dixie

ޑިކްސީ. ނ. ޔޫއެސްއޭގެ ދެކުނު ސްޓޭޓްތައް.

Dixieland

ޑިކްސީލޭންޑް. ނ. ދެ ބީޓް ހުންނަ ޖާޒް މިޔުޒިކެއް.

DIY

ޑީއައިވައި. ނއ. ކުރުކޮށް ޑޫ-އިޓް-ޔުއޮރސެލްފް. އަމިއްލައަށް ތަކެތި ހަދާ ނުވަތަ މަރާމާތުކުރާ.

dizzy

ޑިޒި. ނއ. (dizzier, dizziest) 1. އޮޅޭގޮތް ވުން. އުސްތަންތަނަށް އެރުމުން ވާފަދައިން “ބޯއެނބުރުން” އަދި ތެދަށް ހުންނަން ދަތިވުން. 2. މި ގޮތްވާ. މ. ޑިޒި އުސްމިނެއް. ނއ. dizzily. ނ. dizziness.

DJ

ޑީޖޭ. ނ. ކުރުކޮށް ޑިސްކް ޖޮކީ.

Djakarta

ޖަކާޓާ. ނ. ކުރިން Jakarta ލިޔެއުޅުނު ގޮތް.

DNA

ޑީއެންއޭ. ކުރުކޮށް deoxyribonucleic acid ކްރޮމޮސޯމްގައިވާ ޖެނެޓިކް މަޢުލޫމާތު ހިމެނޭ އެނބުރި މޮލިކިޔުލް.

do

ޑޫ. ކ. (did, done, doing) 1. ކުރުން. ނިންމުން (މ. މަސައްކަތެއް، މަސްއޫލިއްޔަތެއް). ފުރިހަމަކުރުން. 2. އުފެއްދުން. (އެއްޗެއް) ހެދުން. 3. ކަމަކާ އުޅުން. ތަރުތީބުކުރުން. ހަމަޖެއްސުން. މައްސަލައެއް ނިންމުން. do the room ކޮޓަރި ސާފުކޮށް ތަރުތީބުކުރުން. do the flowers މައު ތަރުތީބުކުރުން. do it in the oven ތަނޫރުގައި ކައްކާށެވެ. did the shop ނުރަސްމީ ބަހުން ފިހާރައިން ވައްކަންކުރުން. 4. ދަތުރެއްގައި ވަކި ރާސްތާއެއް ފުރިހަމަކުރުން. 5. ޒިޔާރަތްކުރުން، ތަންތަން ދުށުން. މ. we did Rome last year. އަހުރެމެން ޕެރިހުގެ ތަންތަން މިދިޔަ އަހަރު ބެލީމެވެ. 6. ކަމެއް ފުރިހަމަކުރުން. we did time for robbery ފޭރުމުގެ ކުށުގައި ޖަލުގައި ވަގުތު ހޭދަކުރީމެވެ. 7. ކާނާ ދިނުން they do well here މިތަނުގައި އެމީހުން ރަނގަޅަށް ކާންދެއެވެ. 8. ޙަރަކާތްތެރިވުން ނުވަތަ ކުރިއަށް ދިއުން. do as you like ބޭނުން ގޮތަކަށް ކަންކުރާށެވެ. 9. ކަމެއް ޙާޞިލްވުން. ކަމެއް ވުން. އެއްޗަކަށް އެރުން. they did well out of it އެކަމުން އެމީހުންނަށް ނަފާ ލިބުނެވެ. 10. ކަމަށް ޤާބިލްވުން، އެކަށީގެންވުން، ޝަރުޠުހަމަވުން. މަޤްބޫލްވުން. that will do ތިވަރު އެކަށީގެންވޭ، ފުދޭ. 11. ކަމެއް ކުރިއަށް ދިއުން. what is to do? ކޮންކަމެއް ވަނީ؟ —do ކ. 1. ޒަމާން އަންގައިދޭ ލަފުޒެއްގެ ގޮތުގައި މ. what did he think? what does he think? 2. ބާރުލުމުގެ ގޮތުން ބޭނުންކުރާ ލަފުޒެއްގެ ގޮތުގައި. މ. I like nuts. I do like nuts. 3. ފަހުން ބޭނުންކުރި ”ކަމެއް“ ތަކުރާރު ނުކުރުމަށް. މ. we work as hard as they do = we work as hard as they work. —do ނ. 1. ކުރަންވީ ”ކަން“. ކުރަންޖެހޭ ކަންކަން. do’s and dont’s 2. ނުރަސްމީ ބަހުރުވައިން މުނިފޫހިފިލުވުމުގެ ހަރަކާތެއް. ޕާޓީއެއް. 2. ނުރަސްމީ ބަހުރުވައިން ޓެކުން، މަކަރު ހެދުން. do away with އުވައިލުން، ކެންސަލްކުރުން. އުކައިލުން. do down ނުރަސްމީ ބަހުރުވައިން ނިކަމެތިކޮށްލުމަށް ކުށްދެއްކުން. މަކަރުހެދުން. ޓެކުން. do for ނުރަސްމީ ބަހުރުވައިން ފަނާކޮށްލުން. ހަލާކުކޮށްލުން. މަރައިލުން، މީހަކަށް ގެވެހި މަސައްކަތް ކޮށްދިނުން. do-gooder ހެޔޮ ނިޔަތުގައި އިސްލާހުކުރަން ނުވަތަ އިޖްތިމާޢީ މަސައްކަތް ކުރިއަރުވަން މާ ރަސްމީވެގެން ބޮޑާވެގެން އުޅޭމީހެއް. do in މަރާލުން، ފަނާކޮށްލުން. do-it-yourself ނއ. އަމިއްލައަށް މަސައްކަތްކުރުމަށް ބޭނުންކުރާ. ޚާއްޞަކޮށް ކަން ރަނގަޅަށް ނުދަނެ. do or die ނުރައްކަލަށް ނުބަލައި ވަރަށް ގަދައަށް ހިތްމަތްކުރުން. do out ތަނެއް ސާފުކޮށް ޒީނަތްތެރިކުރުން. do up އެއްސުން، ވަށައިގެން ލުން، މަރާމާތުކުރުން، ޒީނަތްތެރިކުރުން. do with ކެތްކުރުން. ކަމަކާއިގެން ކުރިއަށް ދިއުން. ބޭނުންވުން. do without ކަމެއް ކުރަން ވަކި އެއްޗެއް ބޭނުން ނުކޮށް.

doc

ޑޮކް. ނ. ނުރަސްމީބަހުރުވައިން ޑޮކްޓަރ.

docile

ޑޯސައިލް. ނއ. ބަސްއަހާ، އަމުރަށް ތަބާވާ. ކއ. docilely. ނ. docility.

dock

ޑޮކް. ކ. 1. ޖަނަވާރެއްގެ ނިގޫ ކަނޑައިލުން. 2. މުސާރައިން ނުވަތަ ދޭ ތަކެތިން ބައެއް އުނިކުރުން.

dock

ޑޮކް. ނ. ވަށައިގެން ފެން ނުވަދެވޭ ގޮތަށް ހަދައި، އުޅަނދު މަރާމާތުކޮށް، މުދައު އަރުވައި ބާލަން ހަދައިފައި ހުންނަ ތަން. —ކ. 1. ޑޮކްއަށް އުޅަނދެއް ލުން. 2. ސްޕޭސްގައި ދެ އުޅަނދެއް ގުޅުވައި އެކަތިން އަނެއް އެއްޗަށް މީހުންނަށް ވަދެވޭގޮތް ހެދުން. docks ނ. ޑޮކްޔާޑް އެއް.

dock

ޑޮކް. ނ. ކްރިމިނަލް ކޯޓެއްގައި ކުށްވެރިން ބައިތިއްބާ ކޮށިގަނޑު. dock brief ކުށްވެރިޔާގެ ފަރާތުން ވަކީލަށް ކޯޓުގައިދޭ ލިޔުމެއް.

docker

ޑޮކަރ. ނ. ބޯޓުން މުދައު ބާލައި އަރުވާ މަސައްކަތު މީހެއް.

docket

ޑޮކިޓް. ނ. ދާގީނާއާ އެކުވާ ތަކެތީގެ ލިސްޓް. ފޮނުވި/ލިބުނު ތަކެތީގެ ލިސްޓް. ކަސްޓަމަށް ދެއްކި ޓެކުހުގެ ލިސްޓް. —ކ. (docket, docketing) ޑޮކިޓްއެއް އެއްޗެއްގައި ހަރުކުރުން. ޑޮކިޓެއްގައި ހިމެނުން.

dockland

ޑޮކްލަންޑް. ނ. ޑޮކްޔާޑް އެއްގެ ވަށައިގެންވާ ބިން.

dockyard

ޑޮކްޔާޑް. ނ. ކަނޑުގެ އުޅަނދުފަހަރު ބަނުމަށް ނުވަތަ މަރާމާތުކުރުމަށް މެޝިނާއި ޑޮކްތައް ހިމެނޭ ސަރަޙައްދު.

doctor

ޑޮކްޓަރ. ނ. 1. ކަމާބެހޭ ތަޢުލީމާއި ހުނަރު ލިބި، ދައުލަތުގެ ފަރާތުން ބަލައިގަންނަ ބޭސްކުރާ މީހެއް. 2. ޑޮކްޓަރޭޓް ފާހެއް އޮންނަ މީހެއް. —ކ. 1. ބޭސްކުރުން. 2. މަކަރެއް ހެދުމަށް ފޮޓޯއެއް ލިޔުމެއް ފަދަ އެއްޗެއްގެ ސިފަބަދަލުކުރުން. މަކަރެއް ހެދުން. މ. ހެއްކަށް ގެނައި ފަތް ވަނީ ޑޮކްޓަރ ކޮށްފައެވެ.

doctorate

ޑޮކްޓޮރޭޓް. ނ. “ޑޮކްޓަރ” ގެ ލަޤަބު ލިބިދޭ ޔުނިވަރސިޓީތަކުން ޢާއްމުކޮށްދޭ އެންމެ މަތީ ސަނަދު.

doctrinaire

ޑޮކްޓްރިނެއަރ. ނއ. ޢަމަލީ ކަންކަމަށް ނުވިސްނައި އުސޫލުތަކާއި ނަޒަރިއްޔާތައް ކަމެއްގެ ތެރެއަށް ގެންނަ. މ. ޑޮކްޓްރިނެއަރ ސޯޝަލިޒަމް.

doctrine

ޑޮކްޓްރިން. ނ. ސިޔާސީ ނުވަތަ ދީނީ ގުރޫޕަކުން ޤަބޫލުކުރާ ކަންތައް ނުވަތަ އެމީހުންގެ އުސޫލު. ނަޒަރިއްޔާ، ޢަޤީދާ. ނއ. doctrinal ޑޮކްޓްރައިނަލް.

document

ޑޮކިޔުމަންޓް. ނ. ކަމަކާ ބެހޭގޮތުން ހެކި ނުވަތަ މައުލޫމާތުދޭ ލިޔެފައިވާ ލިޔުމެއް. ފަތެއް. —ކ. ޑޮކިޔުމަންޓަކުން ހެކި ދެއްކުން ނުވަތަ ޑޮކިޔުމަންޓްއެއް ދިނުން. މ. heavily documented report ލިޔުންތަކަކަށް ހަވާލާދީގެން ގިނައިން ހެކިދައްކާފައިވާ ރިޕޯޓް.

documentary

ޑޮކިޔުމެންޓަރި. ޑޮކްޔޫމަންޓްރި. ނއ. 1. ޑޮކިޔުމަންޓް ހިމެނޭ (މ. ހެކި). 2. ފިލްމަކުން ނުވަތަ ވީޑިއޯ އަކުން ކަމެއް ޙަޤީޤަތުގައި ހިނގާފައިވާ ގޮތުގެ ރިޕޯޓަކަށް ނިސްބަތްވާ. —ނ. މިބާވަތުގެ ފިލްމު ނުވަތަ ވީޑިއޯ.

dodder

ޑޮޑަރ. ކ. މުސްކުޅިވުމުގެ ސަބަބުން ނުވަތަ ބަލިކަމުން ޙަރަކާތްތެރިވާއިރު ތުރުތުރުއެޅުން. ނ. dodderer. ނއ. doddery.

doddle

ޑޮޑްލް. ނ. ނުރަސްމީ ބަހުރުވައިން ފަސޭހަ ކަމެއް/މަސައްކަތެއް.

dodecaphonic

ޑޯޑެކަފޮނިކް. ނއ. މިޔުޒިކުގެ 12 ނޯޓުގެ ހަމައެއް.

dodge

ޑޮޖް. ކ. 1. ރެކުން. ކުއްލިއަކަށް އެއްފަރާތަށް ޖެހިލުން. 2. މަކަރުން ނުވަތަ ހީލަތުން ކަމަކުން ރެކުން. މ. ސިފައިންގެއަށް ވެންދިޔަ ނުދޭން ބަލިކަމަށް ހަދައިގެން. —ކ. 1. ރެކުމުގެ ޢަމަލު. 2. ނުރަސްމީ ބަހުރުވައިން ކަމެއް ކުރާނެ މޮޅު ގޮތެއް.

dodgem

ޑޮޖަމް. ނ. އެހެން މީހުންގެ ކާރުތަކުގައި ގިނައިން ޖައްސައި އަމިއްލަ ކާރުގައި ޖެއްސިޔަ ނުދޭން ކުޅިވަރަކަށް ކާނިވާތަކުގައި ދުއްވާ ކުދި އިލެކްޓްރިކް ކާރު.

dodgy

ޑޮޖީ. ނ.އ. (dodgier, dodgiest). 1. މަކަރުވެރި، ހީލަތްތެރި. އިތުބާރުނުކުރެވޭ 2. އުނދަގޫކުރާ. ނުރައްކާ. ސިގިރެޓަކީ ހިތަށް ޑޮޖީ އެއްޗެއް. 3. ފެންވަރު ދަށް.

dodo

ޑޮއުޑޮއު. ޑޯޑޯ. (dodos)ނ. މޮރިޝަސްގައި ކުރިން އުޅުނު ނުއުދެހޭ ދޫންޏެއް. މީހުން އެކައި މެރުމުގެ ސަބަބުން މިހާރުވަނީ ހުސްވެފައި.

doe

ޑޯ. ޑޮއު. ނ. މުސަޅު، ފުއްލާ ފަދަ ތަކެތީގެ އަންހެން އެތި.

doer

ޑުއަރ. ނ. ކަމެއް ކުރާ މީހެއް. ކަންކަމާ މެދު އަނގަނުތަޅައި ގިނައިރު ނުވިސްނައި ކަން ކުރާ މީހެއް.

doesn’t

ކުރުކޮށް does not.

doff

ޑޮފް. ކ. (ތޮފި ފަދަ އެއްޗެއް) ބޮލުން ނެގުން.

dog

ޑޯގް. ނ. 1. ހަތަރުފައިލީ، މަސްކައި އުޅޭ ޖަނަވާރެއް. މި ގިނައިން ބޭނުންކުރަނީ އޮޅުކޮށްގެން ގެންގުޅެން ނުވަތަ ޝިކާރަކުރަން ފަދަ ކަންކަމަށް. ކުއްތާ. 2. މި ޖަނަވާރުގެ ފިރިހެން އެތި. ހިޔަޅު، ޒިއުބު ފަދަ ތަކެތީގެ ފިރިހެން އެތި. 3. ނުރަސްމީ ބަހުރުވައިން މީހާ. މ. ލަކީ ޑޯގް. ޑާރޓީ ޑޯގް. 4. ތަކެތި ހިފެހެއްޓުމަށް ގެންގުޅޭ އާލަތެއް. 5. the dogs ޖުވާގެ ގޮތުގައި ޖަހާ ކުއްތާ ރޭސް. —dog. (dogged, dogging) މީހެއްގެ ފިޔަވަޅު ފަހަތުން ދިއުން. މީހަކަށް މާބޮޑަށް ތަބާވުން. ނއ. dog-like. dog-collar ނުރަސްމީ ބަހުރުވައިން ނަޞާރާ ފަންޅީގެ ފާދިރީންގެ ޖުއްބާގައި ހުންނަ ގިރުވާނު. dog-eared ނއ. ފޮތެއްގެ ގަނޑުތައް މާގިނައިން އުކުމުގެ ސަބަބުން އޮޅިފައި. dog-eat-dog ރަޙްމެއްނުވާ ވާދަކުރުމެއް. dog in the manger ތިމާއަށް ބޭނުން ނުކުރެވޭ އެއްޗެއް އެހެން މީހަކު ބޭނުންކުރިޔަ ނުދިނުމަށް ބައްކުރުން. dog-paddle ފަތާއިރު އަތްފައި ހަލުވާ ގޮތުގެ ބާވަތެއް. އަތުންނާއި ފައިން ކުރުފަލިޖަހައި ފެތުން. dog-star އުޑުމަތީގެ އެންމެ އަލިގަދަ ތަރި. ސިރިއަސް. dog-tired ވަރަށް ބޮޑަށް ވަރުބަލިވެފައި. dog-violet ވަހެއް ނުހުންނަ ވައިލެޓް މައު ގަހެއް. dog-watch ކަނޑު އުޅަނދެއްގައި ފާރައަށް ހުންނަ ދެގަޑިން އެއް ގަޑި. މެންދުރު ފަހު 4 އިން 6 ނުވަތަ 6 އިން 8 އަށް. go to the dogs ނުރަސްމީ ބަހުރުވައިން ފަނާވުން. އަގެއް ނެތްވަރު ވުން. not a dog’s chance އެއްވެސް ޗާންސެއް ނެތް. put on dog ނުރަސްމީ ބަހުރުވައިން ކަންދެއްކުން.

doge

ޑޯޖް. ނ. އިޓަލީގެ ވެނިސްގެ އިހުގެ ވެރިންގެ ނަން.

dogfight

ޑޯގްފައިޓް. ނ. 1. ކުއްތާގެ ތެޅުމެއް. 2. ނުރަސްމީ ބަހުރުވައިން ހަނގުރާމަ މަތީ މަތިންދާ ބޯޓު އެކަތި އަނެއް އެއްޗަށް ހަމަލާދިނުން.

dogged

ޑޮގިޑް. ނއ. ސާބިތު. ފަސޭހައިން ދޫނުކޮށް. ކއ. doggedly.

doggerel

ޑޮގަރަލް. ނ. ހުތުރުކޮށް ހަމައެއްނެތި ހަދާފައި ހުންނަ ޅެން.

doggie

ޑޮގީ. ނ. ކުޑަކުދިންގެ ބަހުރުވައިން ޑޯގް.

doggo

ޑޮގޯ. ނއ. ހަރަކާތެއް ނެތި މަޑުން އޮތް.

doggy

ޑޮގީ. ނއ. 1. ކުއްތާއަށް ނިސްބަތްވާ. 2. ނުރަސްމީ ބަހުރުވައިން ކުއްތާއަށް ލޯބިކުރާ.

doghouse

ޑޯގްހައުސް. ނ. ކުއްތާއަށް ހަދާފައި ހުންނަ ގެ. in the doghouse އެމެރިކާގެ ނުރަސްމީބަހުން އަގު ވެއްޓިފައިވާ.

dogma

ޑޮގްމާ. ނ. އެއްވެސް ސުވާލުކުރުމެއް ނެތި ބަލައިގަންނަން ޖެހޭ އުސޫލެއް. ޚާއްޞަކޮށް ކަމަކާ ބެހޭ ގޮތުން ނަޞާރާ ފައްޅިން ހާމަކުރާ ޢަޤީދާއެއް ނުވަތަ އުސޫލެއް.

dogmatic

ޑޮގްމެޓިކް. ނއ. 1. ޑޮގްމާއަށް ނިސްބަތްވާ. 2. ވަރަށް ހަރުކަށިގޮތަކަށް ބަޔާންތައް ބުނާ. ކއ. dogmatically.

dogmatism

ޑޮގްމެޓިޒަމް. ނ. ޑޮގްމެޓިކްވުމުގެ އަމަލު.

dogmatize

ޑޮގްމެޓައިޒް. ކ. ޑޮގްމާ ވައްތަރުގެ ބަޔާންތައް ނެރުން.

dogrose

ޑޯގްރޯސް. ނ. ފުޅަފަށް އަރުވާ ވަލު ފިނިފެންމާ ވެލެއް.

dogsbody

ޑޯގްސްބޮޑީ. ނ. ނުރަސްމީ ބަހުން ބަރު ނިކަމެތި މަސައްކަތް.

dogwood

ޑޯގްވުޑް. ނ. ތިރިކޮށް ހެދޭ މަލެއް އަޅާ ގަހެއް.

doh

ޑޯ. ނ. މިޔުޒިކްގެ ނޯޓު C. ކީނޯޓުގެ ނަން.

doily

ޑޮއިލީ. ނ. ތަށީގެ ނުވަތަ ކޭކުގެ ތިރިއަށް ލާ ކުޑަ ކުޑަ ކުނާކޮޅެއް.

doings

ޑްއިންގްސް. ނ. 1. ކުރަމުންދާ ނުވަތަ ކުރި ކަންތައްތައް. 2. ނުރަސްމީ ބަހުރުވައިން ބޭނުންވާ ތަކެތި.

dojo

ޑޯޖޯ. ނ. ޖޫޑޯ ތަމްރީނުތައް ކުރާ ޖާގައެއް (ކޮޓަރިއެއް ނުވަތަ ހޯލެއް).

doldrums

ޑޮލްޑްރަމްސް. ނ. 1. އީކްއޭޓަރ ކައިރީގައިވާ ކަނޑުގެ ސަރަހައްދު. މި ތަންތަނުގައި ގަދަ ވައެއް ނުޖެހެއެވެ. 2. ކަމެއް ނުހިނގާ ދުވަސްވަރު. in the doldrums ރޫހް ގެއްލިފައި. ފޯރިކުޑަވެފައި.

dole

ޑޯލް. ކ. ބައިބަޔަށް އެޅުމަށް ފަހު ބެހުން. މ. ޑޯލްކުރުން. —ނ. ވަޒީފާނެތް މީހުންނަށް ބައެއް ޤައުމުތަކުން ފޮއިދުވަހުން ދިރިއުޅެވޭ ވަރުކުރަން ދޭ ފައިސާ. on the dole މި ފައިސާ ލިބެމުން އަންނަ.

doleful

ޑޯލްފުލް. ނއ. މޮޅިވެރި. ހިތާމަވެރި. މ. ޑޯލްފުލް ނަޒަރު. ކއ. dolefully.

doll

ޑޯލް. ނ. 1. އިންސާނެއްގެ ސިފައިގައިވާ (ޚާއްޞަކޮށް ކުޅެން ގެންގުޅޭ) ކުޑަ ބުދެއް. 2. ރީތި ނަމަވެސް ބުއްދިއެއްނެތް ޒުވާން އަންހެނެއް. 3. ނުރަސްމީ ބަހުރުވައިން ޒުވާން އަންހެނެއް. —ކ. ރީއްޗަށް ނަލަހެދުން.

dollar

ޑޮލަރ. ނ. ޔޫ.އެސް.އޭ .އާއި އެހެން ބައެއް ޤައުމުތަކުގެ ފައިސާގެ ނަން.

dollop

ޑޮލޮޕް. ނ. ސިފައެއްނެތް މަޑު ގުޅަވަރެއް.

dolly

ޑޮލީ. ނ. 1. ކުޑަކުދިންގެ ބަހުރުވައިން ކުޅޭ ބުދު. 2. ފިލްމުނަގާ ކެމެރާ ހަރުކޮށްފައި ހުންނަ ތަންތަނަށް ގެންދެވޭ ޕްލެޓްފޯމެއް. dolly-bird ނުރަސްމީ ބަހުރުވައިން ރީތި އަންހެނެއް.

dolman sleeve

ޑޮލްމަން ސްލީވް. ހެދުމާ އެއް ފޮތިގަނޑަކުން ކަނޑާފައި ހުންނަ ހެދުމުގެ އަތް.

dolmen

ޑޮލްމެން. ނ. އެތަށް ހާސް އަހަރުގެ ކުރީގައި އުޅުނު ބަޔަކު، ދެތިން ގައު މަތީގައި މާ ސިންގާ ގަލެއް ބާއްވައި ހަދާފައި ހުންނަ ތަން. މިކަންކުރި ސަބަބު އަދި ވެސް ނޭނގެއެވެ.

Dolomites

ޑޮލޮމައިޓްސް. ނ. އުތުރު އިޓަލީވިލާތުގައިވާ ފަރުބަދަ ތަކެއް.

dolorous

ޑޮލަރަސް. ނއ. މޮޅިވެރި.

dolphin

ޑޮލްފިން. ނ. ތުއްތު އެއްޗިއްސަށް ގާތުން ކިރުދޭ ތުން ދިގު މަހެއް. ކޯމަސް.

dolt

ޑޯލްޓް. ނ. މޮޔަ، ސޭކު މީހެއް.