އައު ތާނަ ފޮންޓު
އެމްވީ ޓައިޕްރައިޓަރ ސެމިބޯލްޑް
ތާނަ ލިޔުމަށް ބޭނުންކުރާ ފޮންޓުތަކުގެ ތެރެއިން، އެންމެ ”ވައިގައިހިފި“ އަޅުގަނޑުގެ ފޮންޓުތަކުގެ ތެރޭގައި، ގިނަ އޮންލައިން ނޫސްތަކުގައި ބޭނުންކުރާ ”ފަސޭހަ“ ކިޔާ ފޮންޓު އާއި ”އޭ-ވަހީދު“ ހިމެނެއެވެ. ބޮޑު އަކުރުލިޔުމަށް ގިނައިން ބޭނުންކުރާ ”އެމްވީ އާއްމުއެފްކޭ“ އަކީ ވެސް ގިނަ ބަޔަކަށް ކަމުދިޔަ ފޮންޓެކެވެ. ފަހުން މި ބަޔާންކުރި ދެ ފޮންޓުގެ އަކުރުތަކުގެ ބައްޓަންތައް ލިޔުއްވީ އަޅުގަނޑުގެ އެކުވެރި އޭދަފުށީ ޢަބްދުﷲ ވަޙީދެވެ. އާއްމުއެފްކޭ ފޮންޓުއަށް ނަންދިނީ އެއީ އާއްމުކޮށް ލިޔާ ތާނައަކުރުތަކުގެ ފަލަ ކަތި ބައްޓަންތަކަކަށް ވާތީއެވެ. މި ފޮންޓުތައް ހެދިގޮތުގެ ކުރު ބަޔާންތައް މި މަޒުމޫނުގެ ނިމޭތަނުގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.
ވިއްސަކަަށް އަހަރުކުރިން ފަރުމާކުރި ތާނަ ޓައިޕްރައިޓަރުގެ އަކުރުތައް، މިހާރުގެ ވިންޑޯޒް ގައި ބޭނުންކުރެވޭ ގޮތަށް ޢާއްމުކުރުމުން އެ ފޮންޓު ވެސް ބައެއް މީހުންނަށް ކަމު ގޮސްގެން ބޭނުން ކުުރަމުން ގެންދެއެވެ. މިގޮތުގެ މަތިން އަލްއަޚް އާދަމް ނަޞީރު އިބްރާހީމްގެ ވެބްސައިޓް އާއި ދޯ ވެބްސައިޓް ގެ މައިގަނޑު ލިޔުންތައް ހުންނަނީ މިފޮންޓުން ލިޔެފައެވެ. ނަންތަކަށް ފިތާލެއްވުމުން އެ ވެބްސައިޓްތައް ފެނިވަޑައިގަންނަވާނެއެވެ. ކިޔުއްވަމުން ތިޔަ ގެންދަވާ މި ވެބްސައިޓްގައި ވެސް ބޭނުންކުރަމުން މިދަނީ ޓައިޕްރައިޓަރ ފޮންޓެވެ.
ދަންނައެވެ. އިނގިރޭސި ރަނގަޅު ފޮންޓެއްގައި ދާދި އެއް ފަރުމާއަކަށް ސޯޅަވަރަކަށް ފޮންޓު ހާ ގިނަ ފޮންޓު ހަދައިފާނެއެވެ. މި ހުރިހާ ފޮންޓެއްގެ އަކުރުތަކުގައި ވެސް އެއްގޮތްކަމެއް ހުންނާނެއެވެ. މިފަދަ ފޮންޓު ގުރޫޕަކަށް އިނގިރޭސި ބަހުން ކިޔަނީ ފޮންޓު އާއިލާއެވެ. ތިރީގައި އެވަނީ މަޝްހޫރު ހެލްވެޓިކާ ކިޔާ ފޮންޓު އާއިލާގެ ބައެއް ފޮންޓެވެ. ބައްޓަންތަކުގެ އެއްގޮތްކަމަށް ވިސްނަވާށެވެ. މައިގަނޑު ތަފާތުތަކަކީ ކޮބައިތޯއެވެ؟
.
ފޮންޓު އާއިލާެއެއްގައި ހިމެނޭ (މެންބަރުންގެ ނުވަތަ) ފޮންޓުތަކުގެ އަކުރުތައް ތަފާތުވަނީ ފަލަމިނާއި ފުޅާމިނާއި ކަތިމިން ތަފާތުވެގެންނެވެ. ފެވި އަކުރުތަކަށް އިނގިރޭސިބަހުން ކިޔަނީ ބޯލްޑް ފޮންޓެވެ. މާ ފަލަވެއްޖެ ނަމަ، ”ބްލެކް“ ކިޔައެވެ. ވަރަށް ހިމަނަމަ ކިޔަނީ ”އަލްޓްރާތިން“ އެވެ. މިއިން ކޮންމެ ބާވަތަކީ ވަކި ފޮންޓެކެވެ. ބްލެކް އަކުރުތައް ކަތިކޮށް ހަދާނަމަ އެއީ ބްލެކް އަކުރުތައް ތެދަށް ހުންނަ ފޮންޓާ ތަފާތު ފޮންޓެކެވެ. ތާނަ ފޮންޓުތަކުގައި ގިނައިން ހުންނަނީ އެއް ބާވަތެކެވެ. ފޮންޓު އާއިލާއެއްގެ ނަޒަރުން ބަލާއިރު، އެންމެ މެންބަރެކެވެ. މިސާލެއްގެ ގޮތުން ގިނަ ބަޔަކު ބޭނުންކުރާ ”ފަރުމާ“ ފޮންޓުގެ ބޯލްޑް ފޮންޓެއް ޢާއްމުކޮށްފައެއް ނުވެއެވެ.
އަޅުގަނޑު ފަރުމާކޮށްފައިވާ ބައެއް ފޮންޓުތަކުގައި ހިމެނެނީ ބޯލްޑް ނުވަތަ ފެވި ފޮންޓު އެކަންޏެވެ. މިސާލެއްގެ ގޮތުން، ”އޭ ވަހީދު“ ފޮންޓުގެ ހިމަ އަކުރުތައް ހިމެނޭ ފޮންޓެއް ޢާއްމުކޮށްފައެއް ނުވާނެއެވެ. ނަމަވެސް އޭދަފުށީ ޢަބްދުﷲ ވަޙީދު އޭނާ ކުދިކޮށް ލިޔުއްވައި ދެއްވި ކަރުދާސް ކޮޅެއް އަޅުގަނޑުގެ އަތުގައި އޮންނަތާ ވަރަށް ގިނަ އަހަރު ވެއްޖެއެވެ. އަދި މިއުޅެނީ އެ އަކުރުތަކުން ފޮންޓު ފަރުމާކުރާނޭ ވަގުތު ނުވެގެންނެވެ.
ތާނަ ޓައިޕްރައިޓަރ އަކުރުތައް ޢާއްމުކޮށްފައިވަނީ، އޭގެ ފެވި އަކުރުތަކުގެ ފޮންޓާއި އާދައިގެ އަކުރުތައް ހިމެނޭ ފޮންޓާ އެއްކޮށެވެ. މިއީ ދެ ފޮންޓެކެވެ. ނަމަވެސް، ކޮމްޕިއުޓަރުން ލިޔާއިރު، ބޯލްޑްކުރަން (ފަވަން ނުވަތަ ފަލަކުރަން) ޖެއްސުމުން އޮޓޮމެޓިކުން ފޮންޓު ބަދަލުކޮށް އަކުރުތައް ފަލަވާނެއެވެ.
އަޅުގަނޑަށް ފާހަގަ ކުރެވުނީ، އަރިމަތީ ސުރުޚީތައް ލިޔުމަށް ޓައިޕްރައިޓަރ ބޯލްޑް ފޮންޓުގެ އަކުރުތައް ތަންކޮޅެއް ފަލަކަމަށެވެ. އެހެންކަމުން ގަސްތުކުރީ ހިމަ އަކުރުތަކާއި ބޯލްޑް (ފެވި) އަކުރުތަކާ ދެމެދުގެ ފަލަމިން ހުންނަ ފޮންޓެއް ފަރުމާކުރުމަށެވެ. މި ”ބަރުދަނުގެ“ ފޮންޓަށް އިނގިރޭސިބަހުން ކިޔަނީ ސެމިބޯލްޑް އެވެ. ސެމި ގެ މާނައަކީ ދެބައިކުޅަ އެއްބައެވެ.
މިފަހަރު މި ހުށަހަޅަނީ ތާނަ ޓައިޕްރައިޓަރ ބައްޓަމުގެ ސެމިިބޯލްޑް ފޮންޓެކެވެ. މި ފޮންޓުގެ އަކުރުތަކުގެ ފަލަމިން ”އޭ ވަހީދު“ގެ ފޮންޓާ ގާތްކަމުން، އެ ފޮންޓުގެ ބަދަލުގައި ބައެއް ޙާލަތްތަކުގައި މި ފޮންޓު ބޭނުން ކުރެވޭނެއެވެ. ނަމަވެސް، އަކުރުތައް ލިޔެފައިވާ ޖާގަ ބޮޑުކަމުން އެއް ބޮޑު މިނެއްގައި ފެންނާނީ އަކުރުތަކުގެ ސައިޒު ކުޑަކުރުމުންނެވެ.
މިހާރު ބޭނުންކުރައްވާ ކޮމްޕިއުޓަރުގައި އެމްވީ ޓައިޕްރައިޓަރ އިންސްޓޯލްކޮށްފައިވާ ނަމަ، ފާހަގަކޮށްފައިވާ ލިޔުންކޮޅެއް ބޯލްޑް ފިތަށް ފިއްތަވާލެއްވުުން ބޯލްޑް ފޮންޓުން ލިޔެވޭނެއެވެ. އެއީ މަތީގައިވާ ތަސްވީރުގެ ތިންވަނަ ފޮޅުވަތުގައިވާ އަކުރުތަކެވެ. މިއަކުރުތައް ފަލަކަމުން ކުދިކޮށް އަރިމަތީ ސުރުޚީ ލިޔަން ކަމަކު ނުދާނެއެވެ. ބޭނުންވަނީ ހިމައަކުރަށް ވުރެ ފަލަ، ފަލައަކުރަށް ވުރެ ހިމަ މެދުމިނުގެ އަކުރުތަކެކެވެ. މި ތަޢާރުފުކުރި ފޮންޓަކީ ބޭނުންވާ މި ފަލަމިނުގެ އަކުރުތަކެކެވެ. ނަމަވެސް، ސެމިބޯލްޑް އަށް ބަދަލުކުރަން ފިތާލައްވާނޭ ފިތެއް ނެތުމުން މި ޖެހެނީ ފޮންޓުއަށް އައު ނަމެއް (އެމްވީ ޓައިޕްރައިޓަރ ސެމިބޯލްޑް) ކިޔާށެވެ. މިއީ މައިކްރޯސޮފްޓް ވާރޑްގައި މިކަން ވާގޮތެވެ. ނަމަވެސް، މަޖައްލާތަކާއި ފޮތްތައް ރާވައި ލޭއައުޓް ހަދާ ޚާއްޞަ ޕްރޮގްރާމްތަކުގައި، ވަކި ނަމެއް ކިޔާ ފޮންޓު އާއިލާއެއް ފާހަގަކުރުމަށް ފަހު، އެ ފޮންޓުގެ އެކި ބާވަތްތައް ފާހަގަކުރާނޭ ސްވިޗްތަކެއް އެ ޕްރޮގްރާމްތަކުގައި ހުރެއެވެ.
ފޮންޓުގެ ރީތިހުތުރުކަމާ މެދު އަޅުގަނޑު ފާޑެއް ނުކިޔާނަމެވެ. އަޅުގަނޑު ދެކެނީ ކޮންމެ ބާވަތެއްގެ ފޮންޓަކީ ވެސް ތާނަ ލިޔުން މުއްސަނދިވާ އެއްޗެއް ކަމަށެވެ. މި ފޮންޓުވެސް ރީތިވާ ބަޔަކު އުޅޭނެއެވެ.
ފޮންޓުތަކާ ބެހޭ އަރިއަށް ވަޑައިގަތުމަށް މި ޖުމުލައަށް އޮބާލައްވާށެވެ.
ޓައިޕްރައިޓަރ ސެމިބޯލްޑް ފޮންޓު ޑައުންލޯޑް ކުރެއްވުމަށް މި ޖުމުލައަށް ނުވަތަ ތިރީގައިވާ ނިޝާނަށް އޮބާލައްވާށެވެ.
why is it in English when downloaded
The Latin font is also included. So switch to Dhivehi and then type.
ގޫގްލްޝީޓސް އަދި ގޫގްލް ޑޮކްސް ގައި ފަރުމާ ނުވަތަ އެހެން ރީތި ތާނަ ފޮންޓަކުން ލިޔެވޭނެ ގޮތެއް އެބައޮތްތޯ އެވެ؟
Kureveyne
ވާހަކަ ދައްކާވަރުން އޮތޮމެޓިކުން ލިޔެވޭ ފޮންޓެއް އުފެއްދޭތޯ ބައްލައިވަދެއްވިދާނެތޯ
ވާހަކަ ދައްކާވަރުން އޮތޮމެޓިކުން ލިޔެވޭ ފޮންޓެއް އުފެއްދޭތޯ ބައްލައިވަދެއްވިދާނެތޯ
ފޮންޓް ވަރަށް ކަމުދޭ. ކުޑަ މައްސަލައެއް އެބަ ކުރިމަތިވޭ. އެއީ މި ފޮންޓުން ލިޔާއިރު ކޮމާގެ ބަދަލުގައި ކޮމާ ކޯޅި ލިޔެވޭތީ.
Ragalhu kollaifin… Shukuriyyaa.
Beautiful work,
I have a question regarding the licensing of the fonts you are releasing.
Do you plan to license fonts under something like GPL or MIT license?
Anyone is allowed to use the font for free. I request the name and glyph definitions not be changed but this has not been done. Many hackers often change font names and use quite the same glyphs from well known fonts. It is not possible to “protect” fonts.