English to Dhivehi Dictionary

އިނގިރޭސި – ދިވެހި ބަސްފޮތް: C ގެ ރަދީފު

ތިރީގައި މި ގެނެސްދެނީ އިނގިރޭސި އޮކްސްފޮރޑް ޑިކްޝަނަރީ އެއްގެ C އަކުރުގެ ރަދީފެވެ. އިނގިރޭސި ބަހަށް ފަރިތަނޫން މީހުންނަށް އެ ބަސް ދަސްކުރުމަށާއި އިނގިރޭސި ބައެއް ލަފުޒާ ގުޅޭ ދިވެހި ބަސް ހޯދުމަށް މިއީ ބޭނުންތެރި މަސައްކަތަކަށް ވާނެއެވެ.

  • މި ފަހަރު، ކިޔާގޮތުގެ އިތުރަށް ބައެއް ލަފުޒު ބޭނުންކުރާ ގޮތުގެ މިސާލާއި މުހިއްމު މަޖާޒީ ޢިބާރާތްތައް ވެސް ހިމެނިފައި ވާނެއެވެ. ދަންނައެވެ. ދިވެހިބަހުގައި ބޭނުންކުރާ މައިގަނޑު 11 ފިލިން އިނގިރޭސި ލަފުޒުތައް ކިޔާގޮތަކަށް ނުލިޔެވޭނެެއެވެ. އެއީ އެ ބަހުގައި ދިވެހިބަހުގައި ނެތް ދެތިން ހަތަރު ފިއްޔެއް ހިމެނޭތީއެވެ. ޚާއްޞަކޮށް،  ދިވެހިބަހުގައި ހިމެނޭ އައިބައި ފިއްޔާއި އައުބައު ފިލި ހެން ކިޔާއިރު ދޫފުރޮޅޭ އެތައް އަޑެއް އިނގިރޭސި ބަހުގައި ހިމެނެއެވެ.
  • ކިޔާގޮތް ލިޔެފައިވަނީ، ލަންޑަންގެ ވަކި ސަރަޙައްދެއްގެ މެދުފަންތީގެ މީހުން ޒަމާނުއްސުރެ އިނގިރޭސި ލަފުޒުތައް ކިޔަމުން އަންނަ ގޮތަށެވެ. ވާރުތަވެފައިވާ މިގޮތަށް ކިޔަނީ ”ރިސީވްޑް ޕްރޮަނަންސިއޭޝަން“ (RP) އެވެ. ދިވެހި ބަހާއި ޚިލާފަށް އިނގިރޭސި ބަހަކީ  ލިޔާގޮތަށް ކިޔާ ބަހެއްނޫނެވެ. ގިނަ ދިވެހީން ބައެއް ލަފުޒު ކިޔަނީ ރޯނުބައިކޮށެވެ. މިސާލެއްގެ ގޮތުން ބުދަ ދުވަހަށް ދިވެހީން ކިޔާ އަޑު އިވެނީ ”ވެނިސްޑޭ“ އެވެ. ވާރުތަވެފައިވާ ރަނގަޅު ގޮތަކީ ”ޥެންޒްޑައި“ ނުވަތަ ”ޥެންޒްޑެއި“ އެވެ.
  • މިއީ އިނގިރޭސި ބަސްފޮތުގެ ސާދަބައި ކުޅަ އެއްބައެވެ. މީގައިވާ ލިޔުންތައް  ޕްރިންޓް ކުރައްވާނަމަ، A4 ގެ 300 ޞަފުޙާއަށް ވުރެ ގިނަވާނެއެވެ. ވީމާ، ބޭނުންވާ ތަންކޮޅަކަށް ވުރެ ގިނައިން ޕްރިންޓް ކުރެއްވުން ވާނީ އިސްރާފަކަށެވެ.
word / ލަފުޒު މާނަ
c ކުރުކޮށް ސެލްސިއަސް ނުވަތަ ސެންޓިގްރޭޑް (ހޫނުމިން ބަލާ މިންގަނޑުގެ ޖިންސެއް)
cކުރުކޮށް ސާރކަރ circa (ގާތް ހިސާބުގައި)
cabކެބް. ނ. 1. ޓެކްސީ. 2. ރޭލެއް، ލޮރީއެއް ސޭލާއެއް ފަދަ އެއްޗެއް ދުއްވާ މީހާ އިންނަތަން. އޭނާގެ ކެބިން ނުވަތަ ކަމަރާ.
cabalކަބާލް. ނ. ސަރުކާރެއް ވައްޓާލުން ފަދަ ކަމެއް ކުރަން، މީހުންތަކެއް ރާވާ ބަޣާވަތެއް. އެކަމުގައި ބައިވެރިވާ މީހުން.
cabaretކެބެރޭ. ނ. ނައިޓް ކްލަބެއްގައި ނުވަތަ ރެސްޓޯރަންޓެއްގައި ކާންތިބޭ މީހުންނަށް މުނިފޫހިފިލުވުމަށް ބާއްވާ ޝޯއެއް.
cabbageކެބެޖް/ކެބިޖް. ނ. 1. ފެހި ނުވަތަ ދަނބު ކުލައިގެ ތަރުކާރީއެއް. މި ތަރުކާރީ ގަސް ހެދޭނީ ފަތްތަކުގެ ކުރި ބޮނޑިވާގޮތަށެވެ. ބޮނޑިކޮޕީ. 2. ނުރަސްމީ ބަހުރުވައިން، މަޤްޞަދެއް، އަމާޒެއް، ޝައުޤުވެރިވާ ކަންތައްތަކެއް ނެތި އުޅޭ މީހާ.
caberކޭބަރ. ނ. ސްކޮޓްލަންޑްގައި ކުޅިވަރެއް ކުޅެން 20 ފޫޓު ހުންނަވަރުގެ އުކަން ގެންގުޅޭ ގަސް ކަނދު ބުރިއެއް. މި ކުޅިވަރުގެ މަޤްޞަދަކީ މި ގުޅި ވަކި ގޮތަކަށް އެއްލުމެވެ. ކުޅިވަރަށް ކިޔާ ނަމަކީ tossing the caber (ޓޮސިންގ ދަ ކޭބަރ) އެވެ.
cabinކެބިން. ނ. 1. ދިރިއުޅެން ލަކުޑިން ހަދާފައިވާ ކުދި ގެ. 2. ބޯޓެއް، މަތިންދާބޯޓެއް، ސްޕޭސް އުޅަނދެއްގެ ކޮޓަރިއެއް. 3. ދުއްވާމީހާ އިންނަ ކޮޓަރި. cabin cruiser ކެބިން ލާފައި ހުންނަ އިންޖީނު އެޅި ބޮޑު ބޯޓެއް. ކަމަރާ.
cabinetކެބިނެޓް. ނ. 1. މަތާރަން ފިލާ ނުވަތަ މަޅު ނުވަތަ ވަތްގަނޑު ލީ ފަރުނީޗަރެއް. ރޭޑިއޯ ނުވަތަ ޓެލިވިޜަން ފަދަ އެއްޗެތި ބެހެއްޓުމަށް ވެސް މި ބޭނުން ކުރެއެވެ. 2. The cabinet ބޮޑު ވަޒީރު ނުވަތަ ރައީސް، ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅަން ޢައްޔަނުކުރާ މީހުން. cabinet-maker ހުނަރުވެރި ތެދުއުއިވަޑާން ކުރާ މީހެއް.
cableކޭބްލް. ނ. 1 . ކެނބު. ނަރުން ނުވަތަ ވަކައިން ހަދާފައިވާ ފަލަ ވައު. 2 . ނަގިލިއާ ގުޅާފައިވާ ޗޭނު. 3 . އޮޑިމަތީ ބަހުރުވައިން 200 ގަޒު. 3 . ކަރަންޓު ނުވަތަ ޓެލިފޯނު ގުޅަން ދާފަރާލާފައި ހުންނަ ނަރު. 4 . ބޭރު ގައުމަކަށް ފޮނުވާ ޓެލިގްރާމް. ފަލަ ރޯނު ފަދަގޮތަށް ރޮނދި ގަތާ ވައްތަރެއް. –ކ. ޓެލިގްރާފް މެދުވެރިކޮށް މީހަކަށް ޓެލިގްރާމެއް ނުވަތަ ފައިސާ ނުވަތަ މަޢުލޫމާތު ފޮނުވުން. cable-car ކޭބްލް ރެއިލްވޭގައި މީހުންތިބޭ ބައެއް. cable railway ނުދުވާ ތަނެއްގައި އިންޖީނެއް ހަރުކޮށްފައި ބަހައްޓައިގެން، ދެކޮޅު ގުޅާފައިވާ ވަލެއް ބޭނުންކޮށްގެން މީހުން ދަތުރުކުރާ ކާރު ދަމާގޮތަށް ހަދާފައިވާ ރޭލު.
caboodleކަބޫޑްލް. ނ. ނުރަސްމީ ބަހުރުވައިން ހުރިހާ ތަކެތި. The whole caboodle ހުރިހާ ތަކެއްޗެއް.
cabrioleކެބްރިއޯލް. ނ. ޖަނަވާރެއްގެ މޮށް ސިފައަށް ހަދާފައި ހުންނަ ފަރުނީޗަރުގެ ފައި.
cacaoކަކޭއޯ ނ. 1. ޗޮކްލެޓް އާއި ކޮކޯ މަދު އަޅާ ހޫނު ސަރަޙައްދުތަކުގައި ހެދޭ ގަހެއް.
cacheކޭޝް. ނ. 1. ޚަޒާނާ. އަގުބޮޑު ތަކެތި ރައްކާކުރާތަން ނުވަތަ ގުދަން. 2. ފޮރުވާފައިވާ އަގުބޮޑު ތަކެތި. –ކ. ތަކެތި ޚަޒާނާކުރުން ނުވަތަ ރައްކާކުރުން. 3. ކޮމްޕިއުޓަރެއްގެ ވަރަށް ހަލުވި މެމަރީ.
cachouކަޝޫ. ނ. އަނގައިގައި މީރު ރަހަ ލައްވަން ކައިއުޅޭ، މީރު ވަހެއް ހުންނަ މެޓައެއް.
cackleކެކްލް. ނ. 1. ކުކުޅެއް ބިސް އެޅުމަށްފަހު ލައްވާ އަޑު. ކަކަކަ. 2. ގަދަ ސޭކު ހުނުމެއް. 3. އަޑުގަދަކޮށް ދައްކާ ވާހަކަ. –cackle ކ. 1. ކުކުޅު ލައްވާ އަޑު ލެއްވުން. 2. އަޑުގަދަކޮށް އަވަހަށް ވާހަކަ ދެއްކުން.
cacophonyކެކޮފޮނީ. ނ. ހުތުރު ތާލެއް ނެތް އަޑު. cacophonous ނއ.
cactusކެކްޓަސް. ނ. (ގިނަނަމަ ކެކްޓައި cacti) ހޫނު ވާރޭ ތަދު ހިސާބުތަކުގައި ހެދޭ ގަހާއި ގެހި. މި ބާވަތުގެ ގަހުގެ ގޮފިތައް ހުންނަނީ ބޯކޮށެވެ. އަދި ގިނަ ފަހަރު، ގޮފިތަކުގައި ކަށި ހުރެއެވެ. ފަތް ހުންނާނީ ވަރަށް ކުދިކޮށެވެ. ނުވަތަ ނުހުންނާނެއެވެ. cactus dahlia ދޭލިޔާގެ ވައްތަރުތަކުން ފިޔަތައް ތިރިއަށް އޮޅިފައި ހުންނަ ގޮތުން ކަށިތަކެއްގެ ސިފަޖަހާ ދޭލިއާ.
cadކޭޑް. ނ. އިޙްތިރާމް ލިބޭ ގޮތަށް އުޅުން ނުހުންނަ މީހުން. ކެނާ. caddish ނއ.
cadaverousކެޑާވަރަސް. ނއ. ޤަބުރު އާ ގުޅޭ. ހިކިފައިވާ، ދިރުން ނެތް ސިފަ ޖަހާ.
caddieކެޑީ. ނ. 1. ގޮލްފް ކުޅޭ މީހެއްގެ ސާމާނުތައް ހިފައިގެން ކުޅޭމީހާ އެކު އުޅޭ ޚައްދާމުން. 2. ބޭނުންވާ ތަކެތި އަވަހަށް ނެގޭގޮތަށް ތަކެތި އަޅާ ފޮށި. caddy މިގޮތަށް ވެސް ލިޔޭ ކ. caddied, caddying. caddy car/cart ގޮލްފު ކުޅޭ ސާމާނު އުފުލާ ގާޑިޔާ.
caddis-flyކެޑިސް ފްލައި. ނ. ފެނާއި ކައިރީގައި ދިރިއުޅޭ ހަތަރު ފިޔަލީ ހަޝަރާއެއް/ ހަފައިލީ ސުއިއްޕެއް.
caddyކެޑީ. ނ. ސައިފަތް އަޅަން ގެންގުޅޭ ކުޑަ ފޮށްޓެއް.
caddyކެޑީ. ނ. އަވަހަށް ބޭނުންވާ ތަކެތި ފަސޭހައިން ނެގޭގޮތަށް އަޅާފައި ހުންނަ ތަށި، ފޮށި ފަދަ ތަކެތި. މިއީ އޮފީސް މޭޒުމަތީގައި ބައެއް މީހުން ބަހައްޓާ އެއްޗެކެވެ.
cadenceކޭޑެންސް. ނ. 1. އަޑުގައި ހުންނަ ތާލު. 2. ވާހަކަ ދައްކާއިރު، އަޑު އުފުލި ތިރިވެ ވާ ވުން. 3. މިޔުޒިކީ ޢިބާރާތެއްގެ ނިމޭކޮޅު.
cadenzaކެޑެންޒާ. ނ. ލަވަކިޔާ ނުވަތަ މިިޔުޒިކް ކުޅޭ މީހެއްގެ ހުނަރު ދައްކާލުމުގެ ގޮތުން އޭނާ ނިންމާއިރު ކިޔާ ނުވަތަ ކުޅޭ ބައި.
cadetކެޑޭޓް. ނ. ފުލުހުންގެ ތެރެއަށް ނުވަތަ ސިފައިންގެ ތެރެއަށް ވަނުމަށް، އަސާސީ ތަމްރީނު ލިބިގަންނަމުންދާ މީހުން.
cadgeކޭޖް. ކ. އާދޭސްކޮށްގެން ނުވަތަ ސަލާން ޖަހައިގެން އެއްޗެއް ހޯދުން.
cadmiumކެޑްމިއަމް. ނ. ރިހިކުލަ އަރާ އުންސުރެއް.
cadreކާޑަރ. ނ. ތަމްރީނު ލިބިފައިވާ މުވައްޒަފުންގެ ގުރޫޕެއް. މި ގުރޫޕް ބޮޑުކޮށް ކުޑަކުރެވޭނެއެވެ.
caerphillyކާރފިލީ. ނ. ވޭލްސްގައި ހަދާ ޗީޒްގެ ބާވަތެއް.
caesarސީޒަރ. ނ. ރޫމީންގެ ޝަހެންޝާހުންގެ ނަން.
caesarianސިޒޭރިއަން. ނ. ފުރިހަމައަށް ކިޔާނަމަ: caesarian section ޖޫލިއަސް ސީޒާ ކިޔާ ރޫމިންގ ބޮޑު ރަސްކަލެއް ވިއްސިގޮތް ކަމަށް ކިޔާ، ދަށްބަނޑު ކަފާލައި، ދެން ރަހިމު ކަފާލައިގެން ކުދިން ވިއްސާ ގޮތް.
cafeކެފޭ. ނ. ބިލެއްމީރުކޮށްލުމަށް ބޭނުންވާ ތަކެތި ވިއްކާ ތަނެއް. ކުޑަ ރެސްޓޯރަންޓެއް.
cafeteriaކެފިޓީރިއާ. ނ. މީހުން އަމިއްލައަށް ކާތަކެތި ތަށިތަށްޓައް އަޅަންޖެހޭ ގޮތަށް ތަކެތި ވިއްކާ ކެފޭއެއް.
caffeineކެފީން. ނ. ކޮފީ އާއި ސައިގައި ހުންނަ، މީހުން ހޭލައްވާލާ ޙަރަކާތްތެރިކުރުވާ މާއްދާއެއް.
caftanކަފްތާން. ނ. މެދުއިރުމަތީގެ ފިރިހެނުންނާއި އަންހެނުންގެ ލިބާހެއް. ފަށުވި ނުވަތަ އުއިން ހަދާފައި ހުންނަ މި ޖުއްބާގެ ދިގު ދެއަތް ހުރެއެވެ. ބައެއް މީހުން އެހެން ހެދުމެއްގެ މަތިން މި ލައެވެ.
cageކޭޖް. ނ. 1. ހުރަހަށާއި ދިގަށް ނަރު ނުވަތަ ދަނޑި ބަދެގެން ހަދާފައި ހުންނަ ދޫނި ނުވަތަ އެހެން ހައިވާނު ބަންދުކުރަން ހަދާ ކޮށްޓެއް. 2. ބިމުގެ އަޑީގައި މަޢުދަން ނަގާމީހުން އަޑިއަށް ފައިބަން ދަތުރުކުރާ ލިފްޓްގެ ކޮށިގަނޑު. –ކ. ކޮށްޓަކަށް ލުން. cage bird ކޮށީގައި ގެންގުޅޭ ޒާތުގެ ދޫނި.
cageyކޭޖީ. ނއ. (cagier, cagiest) މަޢުލޫމާތު ދިނުމަށް ނުތަނަވަސް. ސިއްރުވެރި. cagily ކއ. caginess ނ.
cagouleކެގޫލް. ނ. ފެން ނީރުނުވާނެހެން ވާރެއިން ރައްކާތެރިވާން ލާ، ބޮލުގައި އަޅާބަޔަކާ އެކު ހުންނަ ކޯޓެއް.
cahootsކެހޫޓްސް. ނ. cahoots with ނުރަސްމީ ބަހުރުވައިން، އެހެން ބަޔަކާއެކު. މިއީ އެމެރިކާގައި ބޭނުންކުރާ ލަފުޒެކެވެ.
cairnކެއާރން. ނ. ތަނެއް ފާހަގަކުރަން ނުވަތަ ހަނދާނީ ބިނާއެއް ގޮތަށް، އަންބަލަން ވައްތަރަށް ހުންނަ ގައުފުނި.
cairngormކެއާރންގޯމް. ނ. ރީނދޫ ކުލައިގެ ހިލައެއް. މިއީ ސްކޮޓްލަންޑްގެ މިނަން ކިޔާ ފަރުބަދަމަތިން ފެންނަ ޖަވާހިރުގެ ގޮތުގައި ބޭނުން ކުރާ ހިލައެކެވެ.
cairn terrierކެއާރން ޓެރިއަރ. ނ. ކުރުފައިލީ، ކެހެރިގަނޑު ބުޅި ކުޑަ ބާވަތެއްގެ ކުއްތާއެއް.
Cairoކެއިރޯ. މިސުރުގެ ވެރިކަން ކުރާ ސަހަރު. ޤާހިރާ.
caissonކޭސަން. ނ. ފެން ނުވަންނަ ގޮތަށް ހަދާފައި ހުންނަ ފޮށިގަނޑެއް ނުވަތަ ބަނޑެއް ފަދަ އެއްޗެއް. މީގެ ބޭނުމަކީ ފެނު އަޑީގެ މަސައްކަތް ކުރާނެ ފެން ނުވަންނަ ޖާގައެއް ހެދުމެވެ.
cajoleކެޖޯލް ކ. މަޑުމަޑުން ލަސްލަހުން އުޅެގެން މީހަކު ލައްވާ އެމީހާ ފުރަތަމަ ނުރުހޭނޭ ކަމެއް ކުރުވުން. ނ. cajolery
cakeކެއިކް. ނ. 1. ޕާން ފަދަ ފިހެފައި ހުންނަ މަޑު ފޮނި އެެއްޗެއް. 2. ވަށްކޮށް މަތިހަމައަށް ހުންނަ ކާތަކެތި. މިސާލަކަށް ފިޝްކޭކް. 3. ވަކި ސިފައަކަަށް ހަދާފައި ހުންނަ ހަރު ތަކެތި. މިސާލަކަށް ސޯޕް (ސައިބޯނި) ކެއިކް. –cake ކ. 1. އެކަތިގަނޑެއްގެ ގޮތަށް ހަރުކުރުން. 2. އެއްްޗެއްގެ މަތީގައި ހަރުކޮށް ތަތްލުން.
calabreseކެލެބްރީސް. ނ. ބްރޮކޮލީ ސިފައަށް ހުންނަ ތަރުކާރީގެ ބާވަތެއް.
calamineކެލެމައިން. ނ. ލޯޝަންއެއްގެ ގޮތުގައި ހަމުގައި އުނގުޅަން ގެންގުޅޭ ފިޔާތޮށިކުލައިގެ ފުށެއް. މިއީ ކެމިކަލް ގެ ގޮތުން ޒިންކް އޮކްސައިޑް ނުވަތަ ޒިންކް ކާރބަނޭޓް އެވެ. ނއ. calamitous
calamityކެލެމިޓީ. ނ. މުޞީބާތް ނުވަތަ އާފާތް. ވަރަށް ހިތާމަވެރިކަމެއް
calceolariaކެލްސިއޮލޭރިއާ. ނ. ފައިވާނެއްގެ ބައްޓަމަށް ހުންނަ މަލެއް އަޅާ ބަގީޗާ ގަހެއް.
calcifyކެލްސިފައި. ކ. ކެލްސިއަމްގެ ލޮނު އުފެދިގެން ހަރުވުން. ނ. calcification.
calciumކެލްސިއަމް. ނ. އަޅި ހުދުކުލައިގެ އުންސުރެއް. މިއީ ހިރިގަލާއި އުވައާއި، ކަށްޓާއި ދަތްތަކުގައި ހުންނަ މާއްދާއެއް.
calculableކެލްކިޔުލަބްލް. ނއ. ހިސާބު ކުރެވޭ. ވިޔަ ކުރެވޭ. ޢަދަދު ކުރެވޭ.
calculateކެލްކިޔުލޭޓް. ކ. 1. ހިސާބު ބޭނުންކޮށްގެން ހޯދުން. ޢަދަދުކުރުން. ވިޔަކުރުން. 2. ޤަޞްދުގައި ކަމެއް ކުރުމަށް ރޭވުން. ނ. calculation، calculated risk ދިމާވެދާނެ ނުރައްކަލަށް ކުރިން އެނގި ކުރިމަތިލާ ހުރަހެއް ނުވަތަ ދައްޗެއް.
calculatingކެލްކިޔުލޭޓިން. ނއ. (މީހުންނާ މެދު) ނޭންގާނިކަން. މަކަރު ހެދުމަށް ހުޝިޔާރު. ސިއްރު އަދި ހުއްދަނޫން ރޭވުން ރާވާ.
calculatorކެލްކިޔުލޭޓަރ. ނ. 1. ހިސާބު ހެދުމަށް ބޭނުންކުރާ ކުޑަ މެޝިނެއް. 2. ހިސާބު ކުރާ މީހާ.
calculusކެލްކިޔުލަސް. ނ. (ގިނަ ނަމަ: calculuses). 1. ހަށިގަނޑުގައި އުފެދޭ ހިލައެއް. 2. ޢަދަދުތައް ބަދަލުވަމުންދާ ނިސްބަތަށް ބަލައި ހިސާބުކުރާ ހިސާބު ޢިލްމުގެ ގޮތްޕެއް.
Caledonianކެލިޑޯނިއަން. ނއ. ސްކޮޓްލަންޑް އަށް ނިސްބަތްވާ.
calendarކެލެންޑަރ. ނ. 1. ދުވަހާއި ހަފުތާއާއި މަސްތައް ވަކި އަހަރެއްގައި ހިމެނޭގޮތް ދައްކުވައިދޭ ތާވަލެއް. 2. ތާރީޚް އަންގައިދޭ އެއްޗެއް. 3. ވަކި ކަންތައްތަކެއް ހިނގާނެ ދުވަސްތައް އަންގައިދޭ ޗާޓެއް. މ. ކުޅިވަރު ކަލަންޑަރު. 4. ވަގުތު އެކި މުއްދަތުތަކަށް ބަހާ ގޮތް ނުވަތަ ނިޒާމު. މ. ހިޖުރީ ކަލަންޑަރު.
calenderކެލެންޑަރ. ނ. ކަރުދާސް ނުވަތަ ޝީޓް ފަދަ ތަކެތި އެއް ބޯމިނެއްގައި ބެހެއްޓުމަށް ނުވަތަ އެއްޗެއް އުނގުޅަން ނުވަތަ އޮމާންކުރަން ބޭނުންކުރާ މެޝިނެއް. މި މެޝިނުން ފޮއްޗާއި ކަރުދާސް ފަދަ ތަކެތި ދަތުރުކުރާނީ ފިއްތާފައިވާ ރޯލަރުތަކެއްގެ ތެރެއިންނެވެ. –ކ. ކެލަންޑަރ އަކުން ފިއްތުން.
calfކާފް. ނ. (ގިނަ ނަމަ calves) 1. ބޮޑުމަސް، ގެރި ފަދަ ބައެއް ޖަނަވާރުތަކުގެ ޅަ އެއްޗެތި. 2. މިފަދަ ޖަނަވާރުތަކުގެ ހަމުން ހަދާފައިވާ ދިބާޣު ކުޅަ ހަން. calf-love ކުޑަކުދިން ފަދައިން މީހުން ދެކެ ވާ ލޯބިި.
calfކާފް. ނ. (ގިނަ ނަމަ calves) ކަކުލު ހުޅުން ތިރީގައިވާ ފައިގެ މަސްގަނޑު. ކުޑަކަޅުވާ މަސް.
calibrateކެލިބްރޭޓް. ކ. 1. އެއްޗެއް މިނަން ނުވަތަ ވަޒަން ކުރަން ގެންގުޅޭ އެއްޗެއްގެ މިންތައް ތެދުތޯ ކަށަވަރުކުރުން. 2. ކ. އެއްޗެއްގެ ކެލިބަރ މިނުން. ނ. calibration
calibreކެލިބަރ. ނ. 1. ހޮޅިއެއް ނުވަތަ ބަޑިއެއްގެ ހޮޅީގެ ދިގުހުރަސްމިން. 2. އުންޑައެއްގެ ދިގު ހުރަސްމިން (ޑައެމީޓަރު). 3. ލިޔާޤަތު ނުވަތަ ޤާބިލިއްޔަތު.
calicoކެލިކޯ. ނ. ބާވަތެއްގެ ކަފަ އުއިން ވިޔެފައި ހުންނަ ފޮއްޗެއް.
Calif.ކެލިފް. ކުރުކޮށް ކެލިފޯނިއާ
Californiaކެލިފޯރނިއާ. އެމެރިކާގެ ސްޓޭޓެއް. ނއ. Californian. Californian poppy މައު އަޅާ ބަގީޗާ ގަހެއް.
callކޯލް. ނ. 1. ގޮވުން. 2. ދޫނީގެ ޠަބީޢީ ގޮވުން. 3. ދުންމާރިއެއްގެ ގޮވުން. 4. ކުރު ޒިޔާރަތެއް. 5. އައުމަށް ގޮވާ ނުވަތަ އަންގާ އެންގުން ނުވަތަ ދެވޭ ދަޢުވަތު. 6. އެއްޗަކަށް އެދޭ އެދުން ނުވަތަ ކުރެވޭ ދަޢުވާ. 7. ޙާލަތް ނުވަތަ ބޭނުން. 8. ތާސްބައިން ކުޅޭ ކުޅިވަރެއްގައި ހާމަކުރާ ކަމެއް. 9. ފޯނުކޯލެއް –ކ. 1. މީހެއްގެ ސަމާލުކަން ހޯދުމަށް ގޮވުން. 2. އިހުބުނި ގޮތަށް ގޮވާލުން. 3. ކުރު ޒިޔާރަތެއްކޮށްލުން. 4. އެއްޗަކަށް ނަމެއް ދިނުން ނުވަތަ އެޑްރެސްބުނުން. 5. ތާސްކުޅޭއިރު ހުކުން ބުނުން. 6. އައުމަށް އެންގުން. 7. އެމްބިއުލަންސް ފަދަ އެއްޗަކަށް އައުމަށް އެންގުން. 8. އަމުރުކުރުން ނުވަތަ ދަޢުވަތު ދިނުން. 9. ރޭޑިއޯ ނުވަތަ ފޯނު ބޭނުންކޮށްގެން މުޢާޞަލާތު ކުރުން. ކ. caller. call a person’s bluff މީހަކު ބުނިކަމެއް ކުރުމަށް ބުނުން. call-box ލާރިލައިގެން ނުވަަތަ ކާޑު ބޭނުންކޮށްގެން ފޯނު ކުރެވޭ ފޮށި. call for ބޭނުންކަމަށް ވުން، ބަލާ އަންނަންބުނުން. call-girl ފޯނުން އެޕޮއިންޓްމަންޓް ހަމަޖައްސާ ނާސި އަންހެނުން. call in ޒިޔާރަތެއް ކޮށްލުން. މީހެއްގެ އެހީއަށް އެދުން. call it a day ދުވަހެއްގެ މަސައްކަތް ކުރެވިއްޖެކަމަށް ނިންމާ މަސައްކަތް ހުއްޓާލުން. call off ކަމެއް ކެންސަލް ކޮށްލުން މ. ހަޅުތާލެއް. call of nature ފާޚާނާއަށް ދިއުމަށް ބޭނުންވުން. call on މީހެއްގެ ކައިރިއަށް ދިއުން، ކަމަކަށް އެދުން. call out ކަމެއް ކުރުމަށް ފަށަން އެންގުން މ. ހަޅުތާލެއް. call-sign, call-signal ވަކި ޓްރާންސްމިޓަރެއްކަން އަންގާ ސިގްނަލް. call the tune ކަމެއް ހިނގާގޮތް ކަޑައެޅުން. call to mind ހަނދާނަށް ގެނައުން ނުވަތަ އައުން. call up މީހަކަށް ފޯނުކުރުން ނުވަތަ ހަނދާނަށް ގެނައުން ނުވަތަ އަސްކަރީ ވަޒީފާއަށް ނުކުތުމަށް އެންގުން. ނ. On call ބޭނުން ވެއްޖެ ހިނދެއްގައި ވަޒީފާއަށް ނުކުތުުމަށް އެންގޭފަދަ ޙާލަތެއްގައިވުން. Within call ގޮވާލުމުން ވަޒީފާއަށް ނުކުމެވޭ ފަދަ ކައިރި ހިސާބެއްގައި ވުން.
calla lilyކަލާ ލިލީ. ނ. ލިލީގެ ބާވަތެއް. މިއީ ދުންމާރިއެއްގެ ސިފައަށް ހުންނަ މަލެއް އަޅާ ބަގީޗާ ގަހެކެވެ.
calligraphyކެލިގްރެފީ. ނ. ރީތި އަތުލިޔުން. މި ގޮތަށް ލިޔުމުގެ ފަންނު. ނ. calligrapher
callingކޯލިން. ނ. ވަޒީފާ ނުވަތަ ދިރިއުޅުމަށް ކުރާ މަސައްކަތް
calliperކެލިޕަރ. ނ. 1. އަނިޔާ ލިބިފައިވާ ނުވަތަ ބަލިވެފައިވާ ފަޔަށް ބާރު ލިއްބައިދޭން ބޭނުން ކުރާ އޮއްޓުގެ ބާވަތެއް. 2. calipers ހޮޅި ފަދަ ވަށް އެއްޗެތީގެ ޑައެމީޓަރު ނުވަތަ ދިގު ހުރަސްމިން ބަލަން ގެންގުޅޭ އާލަތެއް.
callosityކެލޯސިޓި. ނ. ގައިގެ ހަން ބައްޔެއްގެ ސަބަބުން ނުވަތަ އެހެން ކަމަކުން ބޯވުން.
callousކެލަސް. ނއ. 1. ހަރުވެފައިވާ. ކެލަސް ހިމެނޭ. 2. ހަމްދަރުދީނެތް. ކއ. callously ނ. callousness ނއ. calloused
callowކެލޯ. ނއ. ބޮޑުނުވާ އަދި ތަޖުރިބާއެއް ނެތް (މީހުންނަށް ނިސްބަތްކޮށް) ކއ. callowly ނ.callowness
callusކެލަސް. ނ. (ގިނަ ނަމަ calluses) ހަންގަނޑު ބޯވެ ހަރުވެފައިވާ ތަނެއް.
calmކާމް. ނއ. 1. މަޑުމައިތިރި އަދި ތަކެތި ވަޔާ ނުހެލޭ. 2. ނުތަނަވަސް ވެފައި ނުވާ. 3. ހާސް ނުވެ ނަފުސަށް ޔަޤީންކަން އޮތް. –ކއ. އެއްޗެއް ނުވަތަ ކަމެއް ހަމަހިމޭންކުރުވުން. ކއ. calmly ނ. calmness
Calor gasކޭލަރ ގޭސް. ނ. ވިޔަފާރި މަރުކާއެއް. ގޭގައި ބޭނުން ކުރުމަށް ފިއްތައިގެން ދިޔާކޮށްފައި ހުންނަ ގޭހެއް. ކައްކާ ގޭހުގެ ބާވަތެއް.
calorieކެލަރީ. ނ. 1. ހޫނުގެ މިންވަރު ބަލަން ގެންގުޅޭ ޖިންސް. 2. ކާތަކެތިން ލިބޭ ހަކަތަ ވަޒަން ކުރަން ގެންގުޅޭ ޖިންސް
calumnyކެލަމްނީ. ނ. 1. މީހެއްގެ ޤަދަރު ކުޑަކުރުމަށް ބުނާ ބުނުން. ބުހުތާން. 2. މިފަދަ ޢިބާރާތެއް.
calveކާފް. ކ. (ޅަ ކަންބަޅިފަދަ) ކާފް އެއް ވިހެއުން.
Calvinismކެލްވިނިޒަމް. ނ. (1509–64) އަށް ސްވިޓްޒަރލަންޑްގައި އުޅުނު ޖޯން ކެލްވިން ކިޔާ މީހަކު، ނަޞާރާދީން އަށް ގެނައި ބަދަލުތަކަކުން އުފެއްދި މަޒުހަބެއް. ނ. Calvinism
calypsoކެލިޕްސޯ. ނ. ވެސްޓް އިންޑީޒްގެ ލަވަ. މި ލަވައިގެ ތާލުތައް ތަފާތު ވެފައި، ކިޔާ ތަކެތި އެ އިރެއްގެ ޙާލަތަކާ ގުޅޭނެއެވެ.
calyxކޭލިކްސް. ނ. ނުފޮޅޭ މަލެއްގެ ވަށައިގެން ބުރަކަށް ހުންނަ ކުދި ފަތްތައް.
camކޭމް. ނ. ފުރޮޅެއްގައި ނުވަތަ ބޫސް ދަގަނޑެއްގައި އުފުލާފައި ހަރުކޮށްފައި ހުންނަ ތުނޑެއް. ފުރޮޅު އެނބުރުމުން މީގައި ޖައްސާފައިވާ ބައެއް މަތިވެ ތިރިވެ ވާ ގޮތް ހެދެއެވެ. ނ. cam-shaft ތުނޑު ދަނޑި.
camaraderieކެމެރާޑަރީ. ނ. ޖަމާޢަތެއްގެ އެކުވެރިކަން ނުވަތަ އެއްބައިވަންތަކަން. ޢާޝިޤާނާ، ހަމްރާހީ.
camberކޭމްބަރ. ނ. އެއްޗެއްގެ މެދު ދުނިފާޑަށް (މ. މަގެއްގެ) އުސްކޮށްފައި (ފުއްޕާފައި) ހުންނަ ހުރުން. ކއ. cambered.
Cambodiaކެމްބޯޑިއާ. ނ. ދެކުނު އިރުމަތީ އޭޝިއާގެ ޤައުމެއް ކަމުގައިވާ ކެމްޕޫޗިއާ. ނ. ނއ. Camobodian.
cambricކޭމްބްރިކް. ނ. ތުނި އުއި ނުވަތަ ކީއްތާނި ފޮތި.
Cambridgeshireކޭމްބްރިޖްޝަޔަރ. ނ. އިނގިރޭސި ވިލާތުގެ ކައުންޓީއެއް. ސަފޯކްގެ ނިޔުމާކެޓްގައި އޮންނަ އަސްރޭހެއް.
Cambs.ކޭމްބްސް. ކުރުކޮށް Cambridgeshire.
cameކެއިމް. ބަލާ come
camelކެމަލް. ނ. 1. ސަހަރާ އޮންނަ ޤައުމުތަކުގައި ތަކެތި އުފުލުމަށް ނުވަތަ ސަވާރީއަކަށް ގެންގުޅޭ ކަރު ދިގު އެއް ގުދު ނުވަތަ ދެ ގުދުލީ ޖަނަވާރެއް. ޖަމަލު. 2. ޖަމަލުގެ ކުލަ. camel-hair ނ. ކުރަހާ ފިހި އަދި ފޮތި ހަދަން ބޭނުން ކުރާ ހިމަ މަޑު އިސްތަށި.
camelliaކެމީލިއާ. ނ. 1. ޖަޕާނާއި ޗައިނާގައި ގެންގުޅޭ ފިނިފެންމާ ގޮތަށް ހުންނަ ރީތި މަލެއް އަޅާ ގަހެއް. 2. މި ގަހުގެ މައު.
Camembertކެމެމްބެއަރ. ނ. އުތުުރު ފްރާންސްގައި ހަދާ ސަރުބީ ގިނަ މަޑު ޗީޒް އެއް.
cameoކެމިއޯ. ނ. 1. ދެ ކުލައެއްގެ ހިލަ ބޭނުންކޮށްގެން ކަނޑާނަގާފައި ކުރެހުމެއް. 2. ރީތި ނަމަވެސް ކުޑަ އެއްޗެއް، މ. ތަމްސީލެއްގެ ބައެއް ނުވަތަ ސިފަކުރުމުގެ ބައެއް.
cameraކެމެރާ. ނ. ފިލްމު ނުވަތަ ޓެލިވިޜަން ނުވަތަ އެހެން ވެސް ފޮޓޯ ނެގުމަށް ބޭނުން ކުރާ އާލަތެއް.
cameramanކެމެރާމޭން. ނ. ވަޒީފާއެއްގެ ގޮތުން ޓެލިވިޜަން ނުވަތަ ފިލްމު ނަގާ ކެމެރާ ހިންގާ މީހާ.
Cameroonކެމެރޫން. ނ. އެފްރިކާގެ ދެކުނު އައްސޭރިފަށުގައި އޮންނަ ޤައުމެއް. ނއ. Cameroonian.
camiknickersކެމިނިކާރސް. ނ. ޖަނގިޔާ އާއި ކޮނޑުކެޑިއަކާ ދެބައި އެކުގައި ހިމެނޭ އަންހެނުން ހެދުމުގެ އެތެރެއިންލާ އެއްޗެއް.
camisoleކެމިސޯލް. ނ. އަންހެނުންގެ ޕެޓިކޯޓެއް. މިއީ އަޑިންލާ ކޮޑުކެޑިއެއް ފަދަ އެއްޗެކެވެ.
camomileކެމޮމައިލް. ނ. ބޭހެއްގެ ގޮތުގައި ބޭނުން ކުރާ ކުދި ގިނަ ފިޔަލީ މައު އަޅާ ގަހެއް.
camouflageކެމަފްލާޖް. ނ. އެއްޗެއް ވާ ވެށީގެ ކުލަތަކާއި ބައްޓަންތައް ޖައްސައިގެން އެހެން އެއްޗެއް (މ. މީހެއް) ފަސޭހައިން ފާހަގަ ނުކުރެވޭ، ނުފެންނަ ގޮތަށް ހަދާ ހެދުން. –ކ. މިގޮތަށް އެއްޗެއް ފޮރުވުން ނުވަތަ ފާހަގަ ނުވާގޮތް ހެދުން.
campކޭމްޕް. ނ. ވަގުތީ ގޮތުން މީހުން ދިރިއުޅޭ ސަރަޙައްދެއް. މިކަހަލަ ތަނެއްގައި މީހުން އުޅޭނީ ފޭލިގެ، ވަގުތީ ކުދި ގެ ފަދަ ތަންތަނުގައެވެ. 2. މިފަދަ ތަނެއްގައި ދިރިއުޅޭ މީހުން. 3. ވަކި ޚިޔާލަކަށް ތާއީދުކުރާ ޖަމާޢަތެއް. –ކ.1. ކޭމްޕް އެއްގައި އުޅުން ނުވަތަ އެފަދަ ތަނެއް ހެދުން. 2. ކޭމްޕް އެއްގައި އުޅޭ ގޮތަށް އުޅުން. —ނ. camper. camp-bed ފަތްޖަހާލެވޭ ވަގުތީ އެނދެއް. camp out ފޭލިގެއެއްގައި ނުވަތަ ހިޔާނުކުރާތަނެއްގައި ނިދުން. go camping ފޭލިގެއެއްގައި ދިރިއުޅެމުން ކުރާ މުނިފޫހިފިލުވުމުގެ ދަތުރެއް.
campކޭމްޕް. ނއ. 1. އަންހެން ވައްތަރު ޖަހާ، އެއް ޖިންސްގެ ގުޅުން ހިންގާ ވައްތަރު ޖަހާ. 2. ހެއްވުމަށް ފޭޑިއެއް ބޮޑުކޮށްފައި. –ނ. މި ބާވަތުގެ ފޭޑިއެއް ނުވަތަ ސްޓައިލެއް.
campaignކެމްޕެއިން (ކިޔަނީ ނ ފާޅުވާގޮތަށް). ނ. 1. ވަކި ސަރަޙައްދަކަށް އަމާޒުކޮށް ހިންގާާސިފައިންގެ ޙަމަލާތަކެއް. 2. ވަކި ބޭނުމަކު ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގާ ޙަރަކާތެއް (މ. އިސްތިހާރު ކުރުމުގެ ކެމްޕެއިންއެއް). –ކ. ކެމްޕެއިން އެއްގައި ބައިވެރިވުން. ނ. campaigner.
campanologyކަމްޕަނޮލޮޖީ. ނ. ރަނގަބީލު ހެދުމާއި އޭގެ އަޑާއި ބެހޭ ޢިލްމު. ނ. campanologist
campanulaކަމްޕަނިއުލާ. ނ. ނޫ ނުވަތަ ހުދުކުލައިގެ ތާޅަފިލި ވައްތަރުގެ މަލެއް އަޅާގަހެއް.
camphorކެމްފަރ. ނ. ޕްލާސްޓިކް ހެދުމަށާއި ބޭހާއި ކަރުބޮލަކު ހަދަން ބޭނުން ކުރާ ވަސްގަދަ ހުދުކުލައިގެ ގަހަކުން އުފައްދާ އެއްޗެއް. ކާފޫރުު. ކއ. camphorated ކާފޫރު ހިމަނާފައިވާ.
campionކެމްޕިއަން. ނ. ޖަންގަލީގައި ހެދޭ ފިޔާތޮށި ނުވަތަ ހުދު މައު އަޅާގަހެއް.
campusކެމްޕަސް. ނ. ކޮލެޖެއްގެ ނުވަތަ ޔުނިވަރސިޓީއެއްގެ ބިން.
canކޭން. ނ. 1. މަޢުދަނުން ނުވަތަ ޕްލާސްޓިކުން ހަދައިފައިވާ ތަކެތި އަޅާ އެއްޗެއް. 2. ކާތަަކެތި އަޅާ ބަންދުކޮށްފައިވާ ދަޅެއް. 3. މިފަދަ އެއްޗަކަށް އެޅޭ ތަކެތީގެ މިންވަރު ނުވަތަ އޭގައި ވާ ތަކެތި. – ކ. ދަޅަކަށް އަޅައި ގިނަ ދުވަހު ބެހެއްޓޭގޮތް ހެދުން. ނ. canner. carry the can ކަމެއްގެ ޒިންމާ ނެގުން ނުވަތަ ކުށް ބޮލުގައި އެޅުން.
canކޭން. ކ. ކަމެއް ކުރުމުގެ ޢިލްމު ނުވަތަ ޤާބިލިއްޔަތު ހުރިކަން އަންގައިދޭ ކަމުގެ (މ. He can play the violin އެނާއަށް ބޭލާ ކުޅެވެއެވެ.) ނުވަތަ އަމުރު ދިނުމުގެ ލަފުޒެއް (މ. You can go home ކަލެއަށް ގެއަށް ދެވިދާނެ) ނުވަތަ ކަމެއް ކުރުމުގެ މިނިވަންކަން ނުވަތަ އެދުން ހާމަ ކުރާ ލަފުޒެއް (މ. we cannot allow this އަހުރެމެންނަށް މިކަމެއް ހުއްދައެއް ނުކުރެވޭނެ).
Canadaކެނެޑާ. ނ. އުތުރު އެމެރިކާގެ ޤައުމެއް. ނ. ނއ. Canadian.
canalކެނެލް. ނ. 1. ދަނޑުތަކަށް ފެންދޭން ނުވަތަ އުޅަނދު ދަތުރުކުރާން ބިމުން ކަނޑާ ކޯރެއް ނުވަތަ ގަނާތެއް. 2. ޖަނަވާރުގައި ނުވަތަ ގަސްގަހުގައި ކާނާއާއި ވަައި ދަތުރުކުރަން ހުންނަ ހޮޅި.
canalizeކެނެލައިޒް. ކ. ޗެނަލަކުން ނުވަތަ ކާނަކުން ފެންދާގޮތް ހެދުން.canalization ނ.
canap éކެނެޕޭ. ނ. ޕާން ފޮއްޗެއްގެ ބަޔަކަށް އެކި ބާވަތުގެ ރަހަލާ މަސް ނުވަތަ ޗީޒް ފަދަ އެއްޗެއް އަޅާފައި، ޕާޓީތަކުގައި ހުންނަ ކާއެއްޗެއް.
canaryކެނެރީ. ނ. ރީނދޫކުލައިގެ ކުޑަ ދޫންޏެއް. މި ދޫންޏަކީ ރީތި އަޑަކުން ގޮވާ ދޫންޏެކެވެ.
canastaކެނެސްޓާ. ނ. ދެ ތާސްބައިން ކުޅޭ ކުޅިވަރެއް.
Canberraކޭންބަރާ. ނ. އޮސްޓްރޭލިއާގެ ވެރިކަން ކުރާ ސަހަރު.
cancanކޭންކޭން. ނ. އަންހެނުން މައްޗަށް ފައި އުކަމުން ނަށާ ނެށުމެއް. މި ނެށުމުގައި އެމީހުން ތިބޭނީ ދިގު ޕެޓީކޯޓްގެ މަތިން މާ ކުރުނޫން ހެދުންތަކެއް ލައިގެންނެވެ.
cancelކެންސަލް. ކ. 1. ކުރިން ނިންމާފައިވާ ކަމެއް ނުވަތަ ރާވާފައިވާ ކަމެއް ނުކުރާނެއޭ ނުވަތަ ނުހިނގާނޭ ބުނުން. ރައްދުކުރުން. މަންސޫޚުކުރުން. 2. ކަމެއް ދެން ނުކުރާގޮތަށް އަމުރުކުރުން. 3. އިހުހުރި ގޮތަށް ހެދުން، މިސާލަަކަށް ސައިކަލެއްގެ ސިގްނަލެއް ޖެއްސުމަށް ފަހު ކަނޑާލުން. 4. ކަނޑާލުން. 5. އިސްޓޭމްޕެއް ނުވަތަ ޓިކެޓެއް އަލުން ބޭނުންކޮށްފާނެތީ އޭގައި ފާހަގައެއް ލުން. ނ. cancellation، cancel out ބާރު ދެރަކޮށްލުމަށް އިދިކޮޅު ކަމެއް ކުރުން.
cancerކެންސަރ. ނ. 1. ޚާއްޞަކޮށް ބަލި ފަތުރާ މުލިއްސެއް ނުވަތަ ގޮނޑިއެއް. 2. ގޮނޑި ފެތުރޭ ބައްޔެއް. 3. ގެއްލުން ދެނިވި ގޮތަކަށް ފެތުރޭ އެއްޗެއް (މ. ޚިޔާނާތްތެރިކަން). 4. Cancer ބުރުޖެއްގެ ނަން. މި ބުރުޖުގައި ތަރިތައް އެތުރިފައި ހުންނާނީ ކަކުންޏެއްގެ ސިފައަށެވެ. ނއ. cancerous.
candelaކެންޑެލާ. ނ. އައްޔެއްގެ ގަދަކަން މިނުމަށް ބޭނުންކުރާ ޖިންސް.
candelabrumކެންޑިލާބްރަމް. ނ. އެތައް އުއްބައްތިއެއް ޖެހުމަށް ނުވަތަ ބޮކި ހަރުކުރުމަށް ގޮފިތަކާ އެކު ހަދާފައި ހުންނަ ހަރު.
candidކޭންޑިޑް. ނ. ޚިޔާލުތައް ފޮރުވުމެއް ނެތި. ޞަރީޙަ. ނއ. candidly، ނ. candidness. candid camera ޚާއްޞަށްކޮށް މީހަކަށް އެންގުމެއް ނެތި ފޮޓޯ ނަގާ ކުޑަ ކެމެރާއެއް.
candidateކެންޑިޑޭޓް. ނ. 1. މަޤާމަކަށް ނުވަތަ މެންބަރަކަށް ވުމަށް އެދޭ ފަރާތް. 2. އިމްތިޙާނެއްގައި ބައިވެރިވާ ފަރާތް. candidacy، candidature ނ.
candiedކެންޑީޑް. ނއ. ހަކުރަށް ލާފައި، ނުވަތަ ހަކުރަށް ލައިގެން ނުބައިވުން ހުއްޓުވާފައި. candied peel ލުބޯ ނާރިނގު ފަދަ ތަކެތީގެ ތޮށި، ކެއްކުމުގައި ބޭނުންކުރުމަށް ހަކުރަށް ލައިގެން ފޮރުވާފައި.
candleކެންޑްލް. ނ. މެދަށް ފީތާއެއް ލާފައި އުށުން ހަދާފައި ފޯއްޔެއްގެ ގޮތަށް ރޯކުރަން ގެންގުޅޭ ބައްތިއެއް. އުއްބައްތި. candle-light އުއްބައްތީގެ އަލި. cannot hold a candle to އެހެން މީހަކާ އަޅާކިޔާ އިރު ވަރަށް ދެރަ (ފަތިގަނޑު ފިރުކާނުލެވޭ). game is not worth the candle ނަތީޖާއަށް ބަލާއިރު ކުރަންޖެހޭ ޚަރަދު ނުވަތަ އުނދަގޫ މާ ބޮޑު.
Candlemasނ. ކެންޑްލްމަސް. 2 ފެބްރުއަރީގައި ބާއްވާ، ނަޞާރާ ދީނުގެ އިޙްތިފާލެއް. މި އިޙްތިފާލުގައި އުއްބައްތިއަށް ބަރަކާތް ލެއްވުން އޮވެއެވެ.
candlepowerކެންޑްލްޕަވަރ. ނ. އަލީގެ ގަދަކަން މިނާ ޖިންސެއް.
candlestickކެންޑްލްސްޓިކް. ނ. އުއްބައްތި ޖަހާ ހަރު.
candlewickކެންޑްލްވިކް. ނ. އުއްބައްތިއެއްގެ ފީތާތައް ހެން އުފުލިފައި ހުންނަ ކުރެހުމެއް ހިމެނޭ މަޑު އުއިން ވިޔެފައި ހުންނަ ފޮއްޗެއް.
candourކެންޑަރ. ނ. ތެދުވެރި ވާހަކަ ދެއްކުން. އިޙްލާޞްތެރިކަން.
candyކެންޑީ. ނ. 1. އެމެރިކާގެ ބަހުރުވައިގައި މެޓާ. candy-floss މެޝިނަކުން ހަކުރު ވަލަށް ދަމައިގެން ހަދާ ކަފަމެޓާ. candy-stripes ހުދުކުލައާއި ޖެހިގެން އެހެން ކުލައަކުން ދެމިފައިވާ ރޮނގު. ނއ. candy-striped.
candytuftކެންޑީޓަފްޓް. ނ. ހުއި ތަކުގެ މަތީގައި ހެދޭ ހުދު، ފިޔާތޮށި އަދި ދަނބު މައު އަޅާ ގަހެއް.
caneކޭން. 1. އޮނު، އެއްތެޔޮ، އުއްދަނޑި ބާވަތުގެ ދިގަށް ހެދޭ އޮފި ފެޅުން މަދު ގަސްގަހުގެ ގަސްކަނދު. 2. ފަރުނީޗަރު ހެދުމަށް ބޭނުންކުރާ މިފަދަ ގަސްގަހުގެ ގަސްކަނދު. 3. މިފަދަ ގަހެއްގެ ގަސްކަނދުން ބައެއް. މި ބޭނުންކުރަނީ ހިނގާއިރު ބިންމަތީގައި ޖައްސަން ނުވަތަ ކުދި ގަސް ހައްދާއިރު އެއްސުމަށް ނުވަތަ އެއްތެލުން ތެޅުން ފަދަ ކަންކަމަށް.
canineކެނައިން. ނއ. ކުއްތާއާ ބެހޭ.
canineކެނައިން. 1. ނ. canine tooth ދަތްޕިލާގެ ކުރިމަތީ ދަތްތަކާ ޖެހިގެން ތޫނުކޮށްހުންނަ ފޭރާ ދަތް.
canisterކެނިސްޓަރ. ނ. 1. ދަގަނޑު ފޮށްޓެއް ނުވަތަ އެފަދަ އެހެން އެއްޗެއް. 2. އުންޑަ ނުވަތަ ކަރުނަ ގޭސް އަޅާފައިވާ، ބަޑިން ފޮނުވާލުމުން ނުވަތަ އެއްލުމުން ފަޅައިގެންދާ ދަނޅެއް ފަދަ އެއްޗެއް.
cankerކެންކަރ. ނ. 1. ގަހުގެ ލަކުޑިބަޔަށް (ގަސްކަނދަށް) ގެއްލުންދޭ ބައްޔެއް. 2. މަސްގަނޑު އުމަގުވާ ހައިވާނުތަކަށް ޖެހޭ ބައްޔެއް.
cannabisކެނެބިސް. ނ.1. ފަތްތަކުގައި ތުނޑުތަކެއް ލާފައި ހުންނަ ތެދަށް ހެދޭ ގަހެއް. ހަޝިޝް. 2. މި ގަހުގެ ބައިތައް (ޢަމަލުވުމަށް ބޮއެ ނުވަތަ ކައި އުޅުމަށް ތައްޔާރުކޮށްފައި ހުންނަ ތަކެތި).
cannedކޭންޑް (ކިޔާނީ ނޫނު ފާޅުކޮށް). ނއ. 1. ދަޅެއްގައި ބަންދުކޮށްފައިވާ. 2. canned music ގިނައިން (މ.ސީޑީ) އުފެއްދުމަށް ރެކޯޑް ކޮށްފައިވާ މިޔުޒިކް. 3. ޢަމަލުވެފައިވާ.
cannelloniކެނެލޮއުނި. ނ. އެތެރެއަށް މަސް އަޅާފައި ހުންނަ ޕަސްޓާ (ފޮޅި).
canneryކެނަރީ. ނ. ދަޅުގައި ތަކެތި ބަންދުކުރާ ކާރުޚާނާ އެއް.
cannibalކެނިބަލް. ނ. މިނިމަސް ކާ މީހެއް. އެއެތީގެ މަސް ކާ ޖަނަވާރެއް. ނ. cannibalism
cannibalizeކެނިބަލައިޒް. ކ. ވަކި ބައިތައް އެހެން އެއްޗެއްގައި ބޭނުން ކުރުމަށް (މެޝިނެއް) ރޫޅާލުން. cannibalization ނ.
cannonކެނަން. ނ. (ގިނަވުމުން އިސްޕަލިން ތަފާތެއް ނުވޭ) އިހުޒަމާނުގައި ބޯޅަގޮތަށް ހުންނަ އުންޑަ ފޮނުވާ ބޮޑު ބަޑި. 2. މަތިންދާބޯޓުގައި ބޭނުން ކުރާ ގޮވާ އުންޑަ ފޮނުވާ ބަޑި. 3. ބިލިއާޑް ކުޅޭއިރު، ޖަހާ ބޯޅައިން އެހެން ދެބޯޅައެއްގައި ވަކިވަކިން ޖެހުން. –ކ. cannon 1. ދެ އެއްޗެއް ބާރަށް ޖެހުން. 2. ބިލިއާޑް ކުޅޭއިރު ކެނަން އެއް ކުޅުން. cannon-fodder ހަނގުރާމައިގައި މަރުވިޔަސް ވަރިހަމަކޮށްގެން ގެންގުޅޭ ސިފައިން.
cannotކެނޮޓް. can not އެއް ލަފުޒެއްގެ ގޮތުގައި.
cannyކެނީ. ނއ. ޙީލަތްތެރި. ކއ. cannily. ނ. canniness.
canoeކެނޫ. ނ. ލުއި ދިގު ފަލިޖަހާ ބޮއްކުރައެއް ފަދަ އުޅަނދެއް. ކ. ފަލިޖަހާފައި މިފަދަ އުޅަނދެއްގައި ދަތުރުކުރުން. canoeist ނ. މިފަދަ އުޅަނދެއްގައި ދަތުރުކުރާ މީހާ.
canonކެނަން. ނ. 1. ޢާއްމު އުޞޫލެއް. 2. ވަކި ލިޔުންތެރިއެއްގެ ލިޔުންތަކެއްކަމަށް ބަލައިގަންނަ ލިޔުންތައް، އިންޖީލުގައިވާ މުޤައްދިސް ލިޔުންތައް. 3. ކެތީޑްރަލްއެއްގައި ޒިންމާތަކެއް އަދާކުރާ ޖަމާޢަތެއްގެ މީހެއް. މި ލަފުޒު އިނގިރޭސި ބަހަށް އައިސްފައިވަނީ ޢަރަބި ބަހުގެ ޤާނޫން އިން. canon law ފައްޅިއެއްގެ ޤާނޫނުތައް ނުވަތަ ޤަވާއިދުތައް.
canonicalކެނޮނިކަލް. ނއ. 1. ފައްޅިއެއްގެ ޤާނޫނަކުން ހަމަޖައްސާފައިވާ. 2. އިންޖީލުގައި ހިމެނޭ. 3. މީހުން ޤަބޫލުުކުރާ. އެހެން އެއްޗެތި ވަޒަންކުރަން މިންގަނޑެއްގެ ގޮތުގައި ބޭނުންކުރާ. ސައްމަތަ، މިޢުޔާރު. ކއ. canonically. canonicals ފައްޅިއެއްގައި އުޅޭ މީހުން އަޅަން ހަމަޖައްސާފައިވާ ލިބާސް.
canonizeކެނަނައިޒް. ކ. 1. މަރުވެފައިވާ މީހެއް، ނަޞޯރާއިންގެ ޕީރެއް ނުވަތަ ވަލީވެރިއެއްގެ ގޮތުގައި ކަނޑައެޅުން. 2. އެއްޗެއް ނުވަތަ މީހެއް ކުށް ނުދެއްކޭ ވަރަށް މޮޅުކުރުން. ނ. .canonization
canopyކެނޮޕީ. ނ. 1. މީހެއް، އެނދެއް ނުވަތަ ތަޚުތެއް ފަދަ އެއްޗެއްގެ މަތީގައި ދަމާ ސަނދުވާއެއް. 2. މިފަދަ ކޮންމެ އެއްޗެއް. 3. ވައިކުޑައެއްގައި ވައި އަޅާބައި. 4. ޖަންގަލީގައި މަތި ނިވާވެފައި އޮންނަ ގޮފިތައް. ނއ. ކެނޮޕީއެއް އެލުވައިފައިވާ. canopied.
cantކޭންޓް. ކ. އަރިކޮށްލުން (މ. ތައްޓަކުން އެހެން ތައްޓަކަށް ފެން ފަދަ އެއްޗެއް އޮއްސުމަށް).
cantކޭންޓް. ނ. 1. އިޚްލާޞްތެރިކަން ނެތް ތިމާމެން މޮޅުކަމަށް (މ. ޝޭޚުން) ދައްކާ ވާހަކަ 2. ވަކި ޖަމާޢަތަކަށް ޚާއްޞަ ބަހުރުވަ.
can’tކޭންޓް. ދިގުކޮށް cannot.
cantaloupކެންޓެލޫޕް. ނ. ބާވަތެއްގެ ކަރައެއް. ޝަމާމް. މީގެ އެތެރެ ހުންނަނީ މަޑު އޮރެންޖް ކުލައެއްގައެވެ.
cantankerousކެންޓެންކަރަސް. ކއ. ރުޅި ގަދަ. އެންގާނިކަން ނެތް. އެކުގައި އުޅެން އުނދަގޫ.
cantataކެންޓާޓާ. ނ. ލަވަކިޔާ މީހުންނަށް ހަދައިފައި ހުންނަ މިޔުޒިކެއް.
canteenކެންޓީން. ނ. 1. އޮފީހެއް، ކާރުޚާނާއެއް ފަދަ ތަނެއްގެ ބަޔަކަށް ޚާއްޞަކުރެވިފައިވާ ކާތަނެއް. 2. ކާންބޭނުން ކުރާ ސަމުސާ ފަދަ ތަކެތި ހިމެނޭ ފޮއްޓެއް. 3. ސިފައިންގެ މީހުން ބޯފެން އަޅާ ދަޅެއް ނުވަތަ ފުޅިއެއް.
canterކޭންޓަރ. ނ. އަހެއްގެ މަޑު ދުވުން. –ކ. މިގޮތަށް އަހެއް ދުއްވުން.
Canterbury bellކެންޓަބަރީ ބެލް. ނ. ބޮޑެތި މައު އަންނަ ކެމްޕެނިއުލާ ބާވަތުގެ ގަހެއް.
canticleކެންޓިކްލް. ނ. ނަޞޯރާ ދީނުގެ މީހުންގެ ކިޔެވެއްޔެއް.
cantileverކެންޓިލީވަރ. ނ. ބާލްޚާނާއެއް (ބެލްކަނީއެއް) ނުވަތަ އެހެންވެސް އެއްޗެއް ހިފެހެއްޓުމަށް ތެދު އެއްޗަކުން ނެރެފައިވާ ބެރި. ބިތުމަތާ.
cantonކެންޓަން. ނ. ޤައުމެއް އިދާރީގޮތުން ބައިކުރާ (ޚާއްޞަކޮށް ސްވިޓްޒަރލަންޑްގައި) ބައެއް.
Cantoneseކެންޓަނީޒް. ނ. ދެކުނު ޗައިނާ އާއި ހޮންގކޮންގ ގައި މޮށެއުޅޭ ޗައިނާ ބަހުރުވަ.
canvasކެންވަސް. ނ. 1. ރިޔާ ކަނޑާ ފޮތި ފަދަ ވަރުގަދަ ފޮއްޗެއް. މި ފޮތި ބޭނުންކުރަނީ ރިޔާކެނޑުމަށާއި ފޭލިގެހެދުމަށާއި ކުރެހުންތެރިން ކުރަހަންށެވެ. 2. ތެޔޮ ކުރެހުން ކުރަހަން އޮނިގަނޑެއްގައި ހަރުކޮށްފައިވާ މިފަދަ ފޮތިކޮޅެއް.
canvassކެންވަސް. ކ. 1. ވޯޓު ހޯދުމަށް، ޚިޔާލު ހޯދުމަށް، ތަކެތީގެ އޯޑަރު ލިބިގަތުމަށް ގޭގެއަށް ނުވަތަ އެހެން ތަންތަނަށް ޒިޔާރަތް ކުރުން. 2. ރޭވުމެއް ހުށަހެޅުން. ނ. canvassing, canvasser.
canyonކެންޔަން. ނ. ބިމުން ފުންކޮން އަޑިއަށް ކަނޑައިގެން ގޮސްފައިވާ ތަނެއް. މިފަދަ ތަނެއްގެ ތިރީގައި ގިނަ ފަހަރު ކޯރެއް އޮވެއެވެ. ވާދީ އާ ކެންޔަން ތަފާތުވާ އެއްގޮތަކީ ގުންޑޮޅި ސީދާ ކަމާއި ފުންކަމުންނެވެ.
capކެޕް. ނ. 1. ބޮލުގައި އަޅާ ތުނި، ކޯރިއެއް (ތުންފަތެއް ނެތް) އެއްޗެއް. ތާކިހާ. 2. ދަސްވެނިން ބޮލުގައި އަޅާ ތާކިޔާ. 3. ތާކިހާ ވައްތަރަށް ހުންނަ އެހެން ތަކެތި. 4. ބަޑިޖަހާއިރު ބަޑިބޭސް ގޮއްވާލުމަށް ބޭނުން ކުރާ ކެމިކަލް އެޅި ކުޑަ ގޮއްޓެއް. 5. ފުޅިއެއް ފަދަ އެއްޗެއްގެ މަތިގަނޑު. — ކ. 1. މަތި ޖަހާ ބަންދުކުރުން. 2. ކުޅިވަރުގައިި އިނާމަކަށް ދޭ ތާކިހަލެއް. 3. އެހެން މީހުންނަށް ވުރެ މޮޅަށް ކަމެއް ކުރުން.
capableކޭޕަބްލް. ނއ. 1. ކަމެއް ކުރުމުގެ ޢިލްމާއި ހުނަރު ހުރި. ކުޅަދާނަ، ޤާބިލް. ލާއިޤް. ޤަދީރު. 2. ވަކި ބާވަތެއްގެ ކުޅަދާނަކަން ހުރި. މ. އޭނާ ދޮގުހެދުމަށް ކޭޕަބްްލް އެވެ. ކއ. capably. ނ.capability .
capaciousކެޕޭޝަސް. ނއ. ޖާގައޮތް. ގިނައެއްޗެތިތަކެއް އެޅޭ. ކއ. capaciously، ނ. capaciousness.
capacitorކެޕެސިޓަރ. ނ. އިލެކްޓްރިކް ޗާޖް އެޅޭ އިލެކްޓްރޮނިކްސް/އިލެކްޓްރިކް ތަކެތީގައި ގައި ބޭނުންކުރާ އެއްޗެއް.
capacityކެޕެސިޓީ. ނ. 1. އެއްޗަކަށް އެޅޭވަރު އެ އެއްޗަކަށް އެޅުމުގެ ޤާބިލްކަން. މ. ހޯލްވަނީ ކެޕެސިޓީއަށް ފުރިފައެވެ. 2. ޤާބިލިއްޔަތު. ލިޔާޤަތު. ކަމެއް ކުރުމުގެ ހުނަރާއި ޢިލްމު. 3. މަޤާމު ނުވަތަ ހައިސިއްޔަތު. މ. ރައީސްގެ ކެޕެސިޓީއިން ސިޓީގައި ސޮއިކުރީއެވެ.
caparisonކެޕެރިސަން. ކ. އަހެއްގެ ގޮނޑިމަތީގައި ނުވަތަ ލަގަންމަތީ ގައި ޖަރީކުރި ފޮތިގަނޑެއް އަޅައި ނަލަކުރުން.
capeކެއިޕް. 1. ހެދުމުގެ ބާވަތެއް. އަބާއެއްގެ ގޮތަށް ކޮނޑުމަތީގައި އޮންނަ ޖުއްބާއެއް ފަދަ އެއްޗެކެވެ. 2. މިފަދަ ކޮނޑު ނިވާވާ ކުރު ކޯޓެއް.
capeކެއިޕް. 1. ކަނޑަށް ނިކުމެފައިވާ ބިމުގެ (ބައްރުގެ) ތަން ގަނޑެއް. މިސާލަކަށް The Cape of Good Hope.
caperކެއިޕަރ. ކ. 1. މަޖަލަކަށް ދުވެ ހެދުން. ނ. 1. capering. 2. ނުރަސްމީ ބަހުރުވައިން ޙަރަކާތެއް، ޢަމަލެއް، ވަޒީފާއެއް ނުވަތަ މަޖަލަކަށް ކުރާ ކަމެއް
caperކެއިޕަރ. ނ. 1. ފިނިފެންމާ ގަސް ފަަދައިން ތިރީގައި ހެދޭ ގަހެއް. 2. މި ގަހުގައި އަޅާ މަލުގެ ނުފޮޅޭ ބޮނޑި. މިއީ ސޯސް އެއް ހެދުމަށް ބޭނުން ކުރާ އެއްޗެކެވެ.
capercaillieކަޕަރކެއިލީ. ނ. ޓާރކީ ސިފަ ޖަހާ ޔޫރަޕުގައި އުޅޭ ދޫންޏެއް.
Cape Townކޭޕް ޓައުން. ނ. ސައުތު އެފްރިކާގައި ވެރިކަން ކުރާ ދެ ސަހަރުން އެއް ސަހަރު.
Cape Verdeކޭޕް ވާރޑް. ނ. އެފްރިކާގެ ހުޅަނގު ފަރާތުގައިވާ ޖަޒީރާ ރަށްތަކެއް. ނއ. ނ. Cape Verdean
capillaryކެޕިލަރީ. ނ. ލޭ ހިތުން ފޮނުވާ ނާރުތަކާއި އަނބުރާ ހިތަށް ގެންނަ ނާރުތައް ގުޅުވިފައި ހުންނަ ވަރަށް ހިމަ ނާރުތައް. –ނއ. މިފަދަ ހިމަ ހޮޅިތަކެއް.
capitalކެޕިޓަލް. ނއ. 1. އެންމެ މުހިއްމު، އިސް. ޤައުމެއްގެ އެންމެ މުހިއްމު ސަހަރު. 2. ނުރަސްމީ ބަހުރުވައިން ބަރާބަރު. 3. މަރުގެ އަދަބު ހިމެނޭ. 4. ވަރަށް ޚުޠޫރަތްތެރި، ސީރިއަސް. އެކަމެއްގެ ސަބަބުން މަރުވެދާނޭ. 5. އަކުރުތަކުގެ ތެރެއިން ކެޕިޓަލް އަކުރު، އިނގިރޭސި ބަހުގައި ޖުމުލައެއް ފަށާ އަކުރު. –ނ 1. ޤައުމެއްގެ ވެރިކަންކުރާ ސަހަރު. 2. ކެޕިޓަލް އަކުރެއް. 3. ތަނބެއްގެ ބޯށި ނުވަތަ މަތީ މަކުޑި. 4. ވިޔަފާރިއެއް ފެށުމަށް އިންވެސްޓް ކުރާ މުދައު ނުވަތަ ފައިސާ. – capital gain ބިން ފަދަ މުދައު ވިއްކުމުންވާ ނަފާ. capital goods އެހެން މުދައު އުފެއްދުމަށް ބޭނުންކުރާ، ރެއިލްވޭ، މެޝިނު، ބޯޓުފަހަރު ފަދަ ތަކެތި. capital sum އިންސުއަރ ކޮށްފައިވާ މީހަކަށް އެކަން ކުރި ކުންފުނިން ދޭ ގަނޑު ފައިސާ. capital transfer tax ކެޕިޓަލް މުދައު ވިއްކުމުން ނުވަތަ ވާރުތަވުމުން ސަރުކާރަށް ނަގާ ވާރު. make capital out of ޙާލަތެއް މީހެއްގެ މަންފާއަށް ބޭނުންކުރުން.
capitalismކެޕިޓަލިޒަމް. ނ. އަމިއްލަ މީހުން، އެމީހުންގެ މަންފާއަށް، ވިޔަފާރިއާއި ކާރުޚާނާތައް ކޮންޓްރޯލް ކުރާ އިޤްތިޞާދީ ނިޒާމެއް.
capitalistކެޕިޓަލިސްޓް. ނ. 1. ފައިސާ ކަންކަމުގައި އިންވެސްޓް ކޮށްފައިވާ މީހެއް. މުއްސަނދި މިހެއް.
capitalizeކެޕިޓަލައިޒް. ކ. 1. ކެޕިޓަލް އަކުރެއްގެ ގޮތުގައި އިނގިރޭސި އަކުރު ލިޔުން. 2. ކެޕިޓަލް އަށް ބަދަލުކުރުން، ކެޕިޓަލް ދިނުން. ނ. capitalization. capitalize on ފައިދާ ނެގުން. އެއްޗެއް ތިމާގެ މަންފާއަށް ބޭނުންކުރުން.
Capitolކެޕިޓޯލް. ނ. ޔުނައިޓަޑް ސްޓޭޓްސްގެ ވޮޝިންޓަންގައި ހުންނަ ކޮންގްރެސް ގެ ބިނާ.
capitulateކެޕިޓިޔުލޭޓް. ކ. ހަތިޔާރު ބަހައްޓައި އިދިކޮޅު ފަރާތަށް އަމާންދިނުން. ބަލި ޤަބޫލުކުރުން. ދަށްވުން. ޔަތަތުވުން. ނ. capitulation.
caponކެއިޕަން. ނ. ޅައިރު އޮށް ކަނޑާލައިގެން ބޮޑުކުރާ ހައު. މިގޮތަށް ހެދުމުން ހާލުގެ މަސް މީރުވެއެވެ.
cappuccinoކެޕޫޗީނޯ. ނ. މުގުރި ކޮފީ އޮށްތަކެއްގެ ތެރެއިން ހޫނުފެން ފިއްތައި ފޮނުވައިގެން ކިރާ އެއްކޮށް ހަދާ ކޮފީ.
capriceކެޕްރީސް. ނ. 1. ކުއްލިއަކަށް ފިކުރެއް ނެތި ނިންމުންތައް ނިންމާ ނުވަތަ ވިސްނާފައިވާ ގޮތް ބަދަލުކުރުމުގެ ސިފަ. 2. ޙަރަކާތްތެރި މިޔުޒިކްގެ ފޭޑިއެއް.
capriciousކެޕްރިޝަސް. ނއ. 1. ފިކުރެއް ރޭވުމެއް ނެތި ވަގުތުން ކަންކުރާ، ނަތީޖާއަށް ނުބަލާ އަންނަ ޚިޔާލަކަށް ކަން ކުރާ، ސާބިތުކަމެއް، ހަރޮށިކަމެއް ނެތް، މުތަޤައްލިބު. 2. ފަސޭހައިން ބަދަލުވާ. (މ. ވަޔަށް ނިސްބަތްކޮށް). ކއ. capriciously، ނ. capriciousness.
capricornކެޕްރިކޯން. ނ. ބުރުޖެއް. މި ބުރުޖުގައި ތަރިތައް އެތުރިފައި ހުންނާނީ ބަކައްޓެއްގެ ސިފައަށެވެ.
capsicumކެޕްސިކަމް. ނ. 1. ހޫނު ހިސާބުތަކުގައި ހެދޭ ކުޅި މޭވާއެއް އަޅާގަހެއް. ފޮނިމިރުސް ގަސް. 2. މިގަހުގެ މޭވާ، ފޮނި މިރުސް.
capsizeކެޕްސައިޒް. ކ. ބަންޑުން ޖެހުން، ޚާއްޞަކޮށް އުޅަނދެއް.
capstanކެޕްސްޓަން. ނ. 1. ވަލެއް އައްސާފާއި އެނބުރުމުން، ވައު އޮޅޭގޮތަށްހުންނަ ފަލަ މުޑިބުުރިއެއް. މި ގިނައިން ބޭނުންކުރަނީ ނައުފަހަރުގެ ނަގިލި ނަގަންށެވެ. ދިވެހިބަހުން ދައްވާރު. 2. ޓޭޕް ރިކޯޑަރެއްގައި ޓޭޕް ދަމަން ހުންނަ އެނބުރޭ ފުރޮޅެއް. capstan lathe އެކިއެކި ޓޫލްސްތައް (އާލަތްތައް) އެނބުރޭ ފުރޮޅެއްގައި ހަރުކޮށްފައި ހުންނަ ލޭތު މެޝިނެއް.
capsuleކެޕްސޫލް. ނ. 1. ދޮންވުމުން ފަޅައިގެންދާ ގޮތަށް ހުންނަ ގަހުގެ ތޮޅި (މ. ދެތަނޑިމަލުގެ އޮށް ހުންނަ ތޮޅި). 2. ބޭސް އަޅައިފައި، ކެއުމުން ގިރިގެންދާ ކުޑަ ފުފުލެއްގެ ބައްޓަމަށް ހުންނަ ކަންވާރެއް. 3. މީހުންނާއި މީޓަރުތައް ހުންނަ ސްޕޭސްކްރާފްޓް އަކުން ވަކިވާގޮތަށް ހުންނަ ބައެއް.
captainކެޕްޓަން. ނ. 1. ޖަމާޢަތެއްގެ ނުވަތަ ޓީމެއްގެ މައްޗަށް އަމުރުކުރަން ހުއްދަދެވިފައިވާ މީހާ. 2. ސިފައިންގެ ތެރޭގައި މޭޖަރ އަކާއި ލެފްޓިނެންޓް އަކާ ދެމެދު ގައިވާ މަޤާމު ނުވަތަ ދަރަޖަ. 3. ކަނޑުގެ ސިފައިންގެ ތެރޭގައި ރިއަރ އެޑްމިރަލް އަކާއި ކޮމާންޑަރަކާ ދެމެދުގެ ދަރަޖަ. 4. އުޅަނދަކަށް އަމުރު ހިންގާ ފަޅުވެރިޔާ. ކައްޕިތާނު. 5. މީހުން ދަތުރުކުރާ މަތިންދާ ބޯޓެއްގެ ޕައިލަޓް. –ކ. ކެޕްޓަންކަން ކުރުން. — ނ. captaincy.
captionކެޕްޝަން. ނ. 1. ކުރު ސުރުޚީއެއް ނުވަތަ ޢުންވާނެއް. 2. ފޮޓޯ، ކުރެހުންފަދަ އެއްޗެއް ޗާޕުކުރާއިރު އެއާ ގުޅޭ ކުރު ތަފްޞީލެއް ނުވަތަ ބަޔާނެއް ނުވަތަ ޝަރަޙައެއް. 3. ފިލްމެއްގައި ނުވަތަ ޓެލިވިޜަނުން ދައްކާ ލިޔުންތައް.
captiousކެޕްޝަސް. ނއ. ކުދިކުދި ކަންތައްތަކާ މައްސަލަ ޖައްސާ އަރާރުންވުމަށް ޝައުޤުވެރިކަން ހުންނަ. ނއ. captiously. ނ. captiousness.
captivateކެޕްޓިވޭޓް. ކ. ސަމާލުކަން ދަމައިގަތުން. ޖާދޫގައި ޖެއްސުން، އަސަރުގައި ޖެއްސުން. ނ. captivation.
captiveކެޕްޓިވް. ނއ. 1. ގައިދެއްގައިވާ. 2. ހައްޔަރެއްގައިވާ. –ނ. ހިފައިފައިވާ މީހެއް ނުވަތަ ޖަނަވާރެއް. captive audience މީހުންނަށް ރައްކާވެގެން ނުދެވޭ ގޮތް ހަދައިގެން އެމީހުންނާ ވާހަކަ ދެއްކުން.
captivityކެޕްޓިވިޓީ. ނ. ގައިދެއްގައިވުން. ހައްޔަރެއްގައި ވުން.
captorކެޕްޓަރ. ނ. މީހެއް ނުވަތަ ޖަނަވާރެއް ހައްޔަރުކުރާ މީހާ.
captureކެޕްޗަރ. ކ. 1. ޤައިދުކުރުން. އަސީރަކަށް ހެދުން. އިސްތިއުމާރު ކުރުން. ތަފާސްކުރުން. ހައްޔަރުކުރުން. 2. ބާރު، މަކަރު، ދަހިވެތިކަން ނުވަތަ އެހެންވެސް ގޮތެއް ބޭނުންކޮށްގެން ގަދަކަމުން ހިފުން ނުވަތަ އަތުލައިގަތުން. ނ. capture. 1. ޤައިދު ނުވަތަ ހިފުނު އެތި. 2. މިގޮތަށް ހިފާ ހިފުން.
capuchinކަޕޫޗިން. ނ. ނަޞާރާ ދީނުގެ ޠަރީޤާއެއްގެ މީހެއް.
carކާރ. ނ. 1. ކާރު. 2. ރޭލެއްގެ ޚާއްޞަކަމެއް ކުރާ ބައެއް. މިސާލަކަށް ރެސްޓޯރަންޓް ކާރ. 3. ކޭބްލް ރެއިލްވޭ އެއްގައި މީހުން ތިބޭ ތަން. 4. ލިފްޓެއްގައި މީހުން ވަންނަ ފޮށިގަނޑު. car coat ކާރު ދުއްވާ މީހުންނަށް ހަދައިފައިވާ ކުރު ކޯޓެއް. car-ferry ކާރު ފެންގަނޑެއް ހުރަސްކޮށް ގެންދިއުމަށް ހަދައިފައިވާ ފެރީއެއް. car-park ކާރު ޕާކުކުރާ ތަނެއް.
Caracasކަރާކަސް. ނ. ވެނެޒިއުލާގެ ވެރިކަންކުރާ ރަށް.
carafeކަރާފް. ނ. ފެން ނުވަތަ ރާ އަޅާފައި ކާ މޭޒުމަތީގައި ބަހައްޓާފައި ހުންނަ އަނގަ ބޮޑު ފުޅިއެއް.
caramelކެރެމަލް. 1. ހަކުރު ހޫނުކޮށްގެން ކާތަކެތީގައި ރަހަ ލެއްވުމަށް ނުވަތަ ކުލަ ޖެއްސުމަށް އެންދުން. 2. މި ރަހަ ލާ މެޓައެއް.
caramelizeކެރެމެލައިޒް. ކ. ކެރެމަލް އަށް ބަދަލުކޮށްލުން. ނ. carramelization.
carapaceކެރެޕޭސް. ނ. ކަހަނބާއި ބައެއް އެހެން އެއްޗެތީގައި ބުރަކަށީގައިވާ ހަރު ފަތްގަނޑު.
caratކެރެޓް. ނ. 1. 200 މިލިގްރާމްގެ ބަރުދަން ހުންނަ، ޖަވާހިރުގެ ބަރުދަން ކިރުމަށް ބޭނުންކުރާ ޖިންސެއް. 2. ރަނުގެ ސާފުކަން ވަޒަންކުރުމަށް ބޭނުން ކުރާ މިންގަނޑެއް. މި މިންގަނޑުގައި 24 ކެރެޓަކީ މަށް (ޚާލިޞް) ރަނެވެ.
caravanކެރެވޭން. ނ. 1. އަހެއް ނުވަތަ ދުއްވާ އެއްޗެއްގައި ޖަހައިގެން ދުއްވޭގޮތަށް ހަދައިފައިވާ ފުރޮޅުލީ މީހުން ދިރިއުޅެން ހަދައިފައިވާ ކުޑަ ގާޑިއަލެއް. 2. ސަހަރާއެއްގައި ވިޔަފާރީގައި ދަތުރުކުރާ ޖަމާޢަތެއް. ގާފިލާއެއް. caravanning ނ. (މ. ޗުއްޓީއެއްގައި) ތަންތަން ބެލުމަށް ކެރެވޭން އެއްގައި ދަތުރުކުރުން.
carawayކެރެވޭ. ނ. ކޭކު ފަދަ އެއްޗެތީގައި ރަހަ ލެއްވުމަށް ބޭނުންކުރާ އޮށެއް އަޅާ ގަހެއް.
carbideކާރބައިޑް. ނ. އެސެޓެލީން ގޭސް އުފެއްދުމަށް ބޭނުންކުރާ ކާރބަން އިން އުފައްދާ މުރައްކަބެއް ނުވަތަ އެކުވިއެއް.
carbineކާރބައިން. ނ. ކުޑަ ލުއި އޮޓޮމެޓިކް ރައިފަލެއް.
carbohydrateކާރބޯހައިޑްރޭޓް. ނ. އޮކްސިޖަން އާއި ހައިޑްރަޖަން އާއި ކާރބަން އިން އެކުލެވޭ ދިރޭ ތަކެތީގައި ހުންނަ މާއްދާއެއް. ހަކުރަކީ މީގެ ބާވަތެކެވެ. carbohydrates ނ. ފުއް ގިނައިން ހުންނަ ބާވަތުގެ ކާނާ، މ. އަލަ، ކައްޓަލަ، އަލުވި. މިފަދަ ތަކެތި ކެއުމުން ފަލަވާކަމަށް ބުނެއެވެ.
carbolicކާރބޮލިކް. ނ. ބާވަތެއްގެ ޖަރާސީމު މަރާ އެއްޗެއް. ކަރުބޮލަކު.
carbonކާރބަން. ނ. 1. އަލިމަހުގައި މަށް ކޮށް ހިމެނޭ ދިރުން ހުންނަ ހުރިހާ އެއްޗެއްގައި ހިމެނޭ އުންސުރެއް. 2. އާރކްލޭމްޕް އެއްގައި ހިމެނޭ ކާރބަން ފޯއްޔެއް. 3. ކޮޕީ ކަރުދާސް. 4. ކޮޕީ ކަރުދާހުން ލިޔެފައިވާ ލިޔުމެއް. carbon copy ކޮޕީ ކަރުދާހުން ލިޔެފައިވާ ކޮޕީއެއް. އެހެން އެއްޗަކާ މުޅިން ވައްތަރު އެއްޗެއް. carbon dating އެއްޗެއްގައިވާ ރޭޑިއޯއެކްޓިވިޓީ ދަށްވާ ވަރެއް ބަލައިގެން ޤަދީމީ ޒަމާނުގެ ތަކެއްޗަށްވީ ދުވަސް ބަލާ ގޮތެއް. carbon dioxide ވަހެއް ކުލައެއް ނެތް، ކާރބަން އެންދުމުން އުފެދޭ ގޭހެއް. މި ގޭސް ނޭވާލާއިރު ނޭވާގައި މަދު މިންވަރަކަށް ހުރެއެވެ. carbon monoxide ދުއްވާ ތަކެތީގެ އިންޖީނުން އުފައްދާ، ކާރބަން މުޅިން ނު އެނދުމުން އުފެދޭ ވަރަށް ވިހަގަދަ ގޭހެއް. carbon paper ކާރބަން އެއްފަރާތުގައި އުނގުޅާފައި ހުންނަ ކަރުދާހެއް. ދެ ކަރުދާހެއްގެ ދެމެދަށް މި ލުމުން މަތީ ގަނޑުގައި ލިޔާ ތަކެތި ތިރީގައިވާ ކަރުދާހަށް އަރައެވެ. carbon tetrachloride ޑްރައި ކްލީނިިންގ ގައި ބޭނުންކުރާ ކުލައެއް ނެތް ދިޔައެއް.
carbonadeކާރބަނޭޑް. ނ. ރަލާއި ގެރިމަސް އަޅައިގެން ކައްކާ ސުރުވާ އެއް.
carbonateކާރބަނޭޓް. ނ. އެސިޑް އަކާ (ހުތަކާ) އެއްކުރުމުން ކާރބަން ޑައިއޮކްސައިޑް އުފައްދާ މަރުކަބެއް (ކަމްޕައުންޑެއް).
carbonatedކާބަނޭޓިޑް. ނއ. ކާރބަން ޑައިއޮކްސައިޑް އެޅުން، ޚާއްޞަކޮށް ބުޔުމަށް، މ. ކޮކާ ކޯލާ.
carbonizeކާބަނައިޒް. ކ. 1. ކާރބަން ހިމެނޭ އެއްޗެއް ހޫނުކޮށްގެން ނުވަތަ ރޯކޮށްގެން ހުސް ކާރބަން އަށް ބަދަލުކުރުން. 2. ކާރބަން ބޭރުގައި އުނގުޅުން ނުވަތަ ހޭކުން. ނ. carbonization.
carborundumކާބޯރަންޑަމް. ނ. އެއްޗެތި ގާނާ އޮފު ކުރުމަށް ކާރބަން އާއި ސިލިކަން ހިމެނޭ ކަމްޕައުންޑެއް ނުވަތަ އެކުވިއެއް.
carboyކާރބޮއި. ނ. ދިޔާ އެއްޗެތި އެއްތަނުން އަނެއް ތަނަށް ނަޤުލުކުރުމަށް، ވަށައިގެން އޮނު ނުވަތަ ވައު ނުވަތަ އެހެން ވެސް ގޮތަކަށް ރައްކާތެރި ކުރެވިފައިވާ ފުޅި.
carbuncleކާބަންކްލް. ނ. 1. ހަންގަނޑުގައި އުފެދޭ ބޮޑެތި މުލިހި. 2. ގޮބެއްހެން ކަފާ، ގަދަ ރަތްކުލައިގެ ޖަވާހިރެއް.
carburettorކާބިޔުރެޓަރ. ނ. ފިސްޓަން ހުންނަ އިންޖީނަކަށް ބޭނުންވާ ތެލާއި ވައި އެއްކުރާ އެތި.
carcassކާކަސް. ނ. 1. މަރުވެފައިވާ ޖަނަވާރެއްގެ ހަށިގަނޑު. ޚާއްޞަކޮށް ކެއުމަށް ކެނޑުމަށް ތައްޔާރުކޮށްފައިވާ. 2. ކެއްކުމަށް ފަހު، ދޫންޏެއްގެ (މ.ކުކުޅު) ކަށި އޮންނަ ބައި. 3. ބޭރު ކާރު ފަދަ އެއްޗެއްގެ ބޭރު ހަމަށް ރަބަރު ނާޅާ އޮންނަ އިރު އޮންނަ ބައި.
carcinogenކާސިނޯޖަން. ނ. ކެންސަރު ޖައްސާ އެއްޗެތި. މ. ދުންފަތް. ނއ. carcinogenic ކެެންސަރު ޖައްސާ.
carcinomaކާސިނޯމާ. ނ. ކެންސަރުޖެހިގެން ބޮޑުވަމުންދާ ތަނެއް ނުވަތަ ގުނަވަނެއް.
cardކާޑް. ނ. 1. ހަރު ކަރުދާސް ކޮޅެއް. މި ބޭނުން ކުރަނީ ޗާޕުކޮށްގެން މީހުންނަށް އެކި ކަންކަމާ ގުޅިގެން ތަހުނިޔާ ފަދަ މެސެޖް ފޮނުވުމަށާއި، ނަން ލިޔެ ތިމާއީ ކާކުކަން ބުނެ އެންގުމަށާއި ފޮތުގެ ބޭރުގަނޑު ހެދުމަށާއި ކުރިން ލައިބްރަރީ ފަދަ ތަންތަނުގައި ހުންނަ ފޮތްތައް ފަސޭހައިން ހޯދޭ ފަދަ ގަޑުތަކަކުން ހަދާ ފައިލް ނިޒާމެއް ހެދުމަށެވެ. 2. އަސް ރޭހެއްގައި ހިމެނޭ ބައިތައް ލިޔެފައިވާ ކަރުދާސް. 3. ތާސްބައިން ގަނޑެއް. 4. ނުރަސްމީ ބަހުރުވައިގައި ހެއްވާ އާދަޔާ ޚިލާފު މީހެއް. Be on the cards ވުން ގާތް. card-carrying member ސިޔާސީ ޕާޓީއެއްގެ ނުވަތަ މަސައްކަތްތެރިންގެ ޖަމްޢިއްޔާއެއްގައި ރަޖިސްޓަރީ ވެފައިވާ މީހެއް. card game ތާސްބައިން ފަދަ ގަނޑުތަކަކުން ކުޅޭ ކުޅިވަރެއް. card index ތަކެތި ހޯދުމަށް ކޮންމެ އެއްޗެއްގެ މަޢުލޫމާތު ވަކި ގަނޑެއްގައި ލިޔެގެން ބޭނުން ކުރާ ނިޒާމެއް. cards ނ. ތާސްބައިން ކުޅޭ ކުޅިވަރު. ވަޒީފާ ދިން ފަރާތުން ބަލަހައްޓާ މުވައްޒަފެއްގެ މަޢުލޫމާތު. card-sharp, card-sharper ތާސްބައިން ކުޅޭ ކުޅިވަރު ކުޅޭއިރު، އެހެން މީހުންނަށް މަކަރު ހަދައިގެން ދިރިއުޅުން ހޯދާ މީހާ. card vote ޓްރޭޑް ޔުނިއަން ޖަލްސާތަކުގައި އެއްކޮށް ދޭ ވޯޓު. Have a card up one’s sleeve އެންމެ ފަހުން ކުރާނޭ ކަންތައް ސިއްރުން ރާވާފައިވުން. Play one’s cards well ވިސްނުންތެރިކަމާއެކު ކަންކަމުގައި އުޅުން. Put one’s cards on table މީހެއްގެ މަޤްޞަދުތަކާއި ވަސީލަތްތަކާއި މެދު ތެދުވެރިކޮށް ވާހަކަ ދެއްކުން.
cardކާޑް. ނ. ކަންބަޅީގެ ކެހެރި އޮމާންކުރަން އޭގެ މަތީގައި ދަމާ ނަރު ބުރުހެއް ނުވަތަ ފުނަލެއް. –ކ. ކަންބަޅީގެ ކެހެރި ފުނާ އަޅައި ކެހެރިތައް ތެދުކުރުން.
cardboardކާޑްބޯޑް. ނ. ފޮށިހެދުމަށް ބޭނުން ކުރާ ބޯ ކަރުދާހެއް.
cardiacކާޑިއެކް. ނއ. ހިތާ ބެހޭ.
Cardiffކާޑިފް. ނ. ވޭލްސް ގެ ވެރިކަން ކުރާ ސަހަރު.
cardiganކާޑިގަން. ނ. ވިޔެފައިވާ ހެދުމުގެ މަތިންލާ ކޯޓެއް.
cardinalކާޑިނަލް. ނއ. 1. މުހިއްމު. އެންމެ އިސް. 2. ގަދަ ރަތްކުލަ. –ނ. ޕޯޕް އިންތިޚާބު ކުރާ ޖަމާޢަތުގެ މީހެއް. cardinal numbers އެކެއް، ދޭއް، ތިނެއް މިފަދަ ޢަދަދުތައް. cardinal points އުތުރު، އިރު، ދެކުނު، ހުޅަނގު މިފަރާތްތައް.
cardiologyކާޑިއޮލޮޖީ. ނ. ހިތުގެ ބަލިތަކާއި އާދައިގެ ނޫން ކަންތައްތަކާ ބެހޭ ޢިލްމު. ނ. cardiologist މިކަމަށް ފާގަތި މީހެއް.
careކެއަރ. ނ. 1. ފުން ސަމާލުކަމާއި އަޅާލުން. 2. ގެއްލުން ވެދާނެތީ ނުވަތަ ހަލާކުވެދާނެތީ ފަރުވާ ބެހެއްޓުން. 3. ބެލުން، ޙަވާލުވުން، ރައްކާތެރިކުރުން. މ. ކުޑަކުއްޖަކު އެހެން މީހެއްގެ ކެއަރ ގައި ބެހެއްޓުން. 4. ހާސްކަމާއި ފިކުރު. –ކ. 1. މީހަކަށް ނުވަތަ އެއްޗަކަށް ޝައުޤުވެރިވުން ނުވަތަ އަޅާލުން އުފެދުން. 2. ކަމެއް ކުރާހިތް ވުން. މ. ކަލޭ މީގެ ވެސް ރަހަ ބަލަން ކެއަރ ކުރަންތަ؟ care for މީހެއްގެ ޙަވާލުގައި އޭނާގެ އަޅާލުންތެރިކަމުގައި ވުން. care of, c/o އެހެން މީހެއް މެދުވެރިކޮށް އެއްޗެއް ފޮނުވާއިރު ޙަވާލުވާ ފަރާތް. In care އިދާރާއެއްގެ ޙަވާލުގައި. Take care ބަލައިގެން އުޅުން. Take care of ކަމެއްގެ ޒިންމާ ނެގުން. މީހެއް އެއްޗެއްގެ ރައްކާތެރިކަމާއި އުޅުމަށް ޙަވާލުން. މައްސަލައެއް ޙައްލުކުރުމަށް ޒިންމާ ނެގުން.
careenކެރީން. ކ. އެއް ފަރާތަކަށް އަރި އަޅާލުން. ކާރެއް ފަދަ އެއްޗެއް ދުއްވާފައި ދާއިރު އެއް އަރިން އަނެއް އަރިއަށް ދިއުން.
careerކެރިއަރ. ނ. ވަޒީފާއެއް. ކުރިއެރުން ލިބޭނޭ ފުރުޞަތު އޮތް، ދިރިއުޅުމެއް ހޯދަން ކުރާ މަސައްކަތް. 2. ޙަޔާތުގެ ކުރިއެރުން. ސިޔާސީ ޕާޓީއެއް ފަދަ ބައެއް ތަރައްޤީވެ ކުރިއެރުން. 3. ކުއްލިއަކަށް ކުރިއަށް ޖެހިގެންދާ ކުރިއެރުން. –ކ. ބާރަށް ކުރިއަށް ޖެހިގަތުން. ނ. career woman ދާއިމީ ވަޒީފާއެއްގައި އުޅޭ އަންހެނެއް.
careeristކެރިއަރިސްޓް. ނ. ވަޒީފާގައި ކުރިއަށްދާން ވަރަށް އެދޭ މީހާ.
carefreeކެއަރފްރީ. ނއ. ޒިންމާތަކުން ނުވަތަ ހާސްކަމުން ހުސްވެގެން، ވީއްލިގެންވާ. ހިތްލުއިވެގެންވާ. ފިކުރެއްނެތް.
carefulކެއަފުލް. ނއ. 1. ކަމެއް ކުރުމުގައި ފަރުވާތެރި. ކަމަކަށް ސަމަލުކަމާއި ފިކުރުދީގެން ކުރާ. 2. ފަރުވާތެރިކޮށް ކޮށްފައިވާ. 3. ގެއްލުމެއް ނުވަތަ ދައްޗެއް ދިމާވެދާނެތީ ފަރުވާ ބަހައްޓާ. ނއ. carefully، ނ. carefulness.
carelessކެއަލަސް. ނއ. ފަރުވާކުޑަ. ކއ. carelessly، ނ. carelessness.
caressކަރެސް. ނ. ލޯތްބާއެކު އަތްލާ އަތްލުން ނުވަތަ ދޭ ބޮސް. ކ. މިގޮތަށް އަތްލުން ނުވަތަ ބޮސްދިނުން.
caretކެރިޓް. ނ. ބައެއް މަދުކަން އަންގައިދޭ ނިޝާން. ^ . ކޮންޕިއުޓަރ އިސްކިރީނުގައި ކާރސަރ ވާ ތަން.
caretakerކެއަރޓެއިކަރ. ނ. ޢިމާރާތެއް ނުވަތަ ގެއެއް ބެލެހެއްޓުމުގެ ވަޒީފާ ދީފައިވާ ފަރާތް. caretaker government އައު ސަރުކާރެއް އިންތިޚާބު ވަންދެން ވަގުތީ ގޮތުން ދައުލަތް ބަލަހައްޓާ ސަރުކާރު.
carewornކެއަރވޯން. ނއ. ގިނަ ދުވަސްވަންދެން ފިކުރު ކުރުމުގެ ނިޝާންތައް ފެންނަ.
cargoކާގޯ. ނ. އުޅަނދެއްގައި ނުވަތަ މަތިންދާބޯޓެއްގައި އުފުލާ މުދައު.
Caribbeanކެރިބީއަން. ކެރީބިއަން. ނއ. މެދު އެމެރިކާ އާ ގުޅިފައިވާ އެޓްލާންޓިކް ކަނޑާ ބެހޭ. ނ. ކެރިބީއަން ކަނޑު.
caribouކެރިބޫ. ނ. އުތުރު އެމެރިކާގައި ދިރިއުޅޭ ދަޅުފީނި ފުއްލާއެއް.
caricatureކެރިކެޗަރ. ނ. މީހުން ހެއްވަން، އެއްޗެއް ނުވަތަ މީހެއް، ބައެއް ސިފަތައް ބޮޑުކޮށްގެން ކުރެހުން، ލިޔުން ނުވަތަ ސިފަޖެއްސުން. ކާޓޫނު. –ކ. ކެރިކެޗަރ އެއް ހެދުން.
cariesކެއިރީސް. ނ. ދަތްތައް ނުވަތަ ކަށިތައް ގިރިގެން ދިއުން.
carillonކެރިލިއަން. ނ. ރާގު ކުޅެވޭގޮތަށް ކީބޯޑަކުން ނުވަތަ ދަމައިގެން ޖަހާ ރަނގަބީލުތަކެއް.
Carmeliteކާރމެލައިޓް. ނ. ނަޞާރާ ދީނުގެ ޠަރީޤާއެއް.
carminativeކާރމިނޭޓިވް. ނއ. ވައިބޭރުކުރުން މަދުކުރާ (ބޭސް)، ގޮހޮރުގައި ވައި ހެދުން ހުއްޓުވާ. ނ. އެފަދަ ބޭހެއް.
carmineކާރމައިން. ކާރމިން. ނ. ގަދަ ރަތްކުލަ. މި ރަތް ކުލަ ކުރިން އުފައްދަނީ ހަފައިލީ ސުއިއްޕަކުން. ބޭނުންކުރަނީ ލިޕްސްޓިކާއި ކާތަކެތީގައި ކުލަޖައްސަން.
carnageކާރނޭޖް. ނ. އެތައް ބައެއް މަރާލުން. ޤަތުލުޢާއްމު.
carnalކާރނަލް. ނއ. ހަށިގަނޑުގެ ނުވަތަ މަހުގެ، ޚާއްޞަކޮށް ޖިންސީ އެދުމުގެ. މ. ކާރނަލް އެދުންތައް. ޝަހުވާނީ. ޖިސްމާނީ.
carnationކާނޭޝަން. ނ. ކަރަންފުލުގެ ވަސްދުވާ، ބޮނޑިކޮށް ފިޔަތައް ހުންނަ މަލެއް އަޅާ ގަހެއް. އެގަހުގެ މައު. ކަރަންފޫމާ. ކަރަންޕޫލް.
carnelianކާނީލިއަން. ނ. ބަލާ cornelian
carnivalކާނިވަލް. ނ. މަޖާކުރުމާއި އެކު މަގުގައި، މިޔުޒިކާއި ނެށުމާއި އެކު ޢާއްމުންނަށް އޮންނަ ހިނގުމެއް. ކާނިވާ.
carnivoreކާނިވޯރ. ނ. ޖަނަވާރު މަސްކައި އުޅޭ ޖަނަވާރެއް ނުވަތަ ގަހެއް.
carnivorousކާނިވަރަސް. ނއ. ޖަނަވާރު މަސްކައި އުޅޭ.
carolކެރަލް. ނ. ނަޞާރާ ދީނުގެ މީހުން ކްރިސްމަސް ދުވަހު ކިޔާ އުފާވެރިކަމުގެ ލަވައެއް. ކއ. 1. މިފަދަ ލަވަ ކިއުން. 2. އުފާވެރި ގޮތަކަށް ލަވަ ކިއުން.
carolinaކެރޮލީނާ. ނ. ޔޫ.އެސް. ގެ ދެ ސްޓޭޓް އެއްގެ ނަމުގައި ބައެއް. އުތުރު ކެރޮލީނާ އާއި ދެކުނު ކެރޮލީނާ.
carotidކެރޮޓިޑް. ނ. ބޮލަށް ލޭ ގެންދިއުމަށް ވާ ކަރުގެ ދެފަރާތުގައިވާ ދެ ނާރު. –ނއ. މި ނާރާ ގުޅޭ.
carouseކެރައުސް. ކ. ރާބޮއިގެން މަޖާވެގެން އުޅުން.
carouselކެރޫސަލް. ނ. 1. ކާނިވާތަކުގައި އެނބުރޭގޮތަށް ހުންނަ ގޮޑި ޖެހި އެއްޗެއް. 2. ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ހަދައިފައިވާ އެނބުރޭ އެއްޗެއް.
carpކާޕް. ކޯރުތަކާއި ފެންގަނޑުގައި އުޅޭ ކާ މަހެއް. ގޯލްޑްފިޝް އަކީ މި އާއިލާގެ މަހެކެވެ.
carpކާޕް. ކ. ކުށް ހޯދުމުގައި ޤަރާރުވުން. ކުދިކުދި ކަންތައްތަކުގައި މައްސަލަ ޖެއްސުން.
carpalކާރޕެލް. ނ. ކުޑަހުޅު. އަތުގެ ކުޑަހުޅުގެ ކަށިތައް.
carpelކާޕަލް. ނ. މަލެއްގައި އޮށްތައް އުފެދޭ ބައި.
carpenterކާޕެންޓަރ. ނ. ލަކުޑިން ތަކެތި ހަދާ، މަރާމާތުކުރާ މީހެއް. ވަޑި. ނ. carpentry.
carpetކާރޕެޓް. ނ. 1. ބޯކޮށް ހުންނަ ތަޅުން މަތީ އަޅާ ފޮއްޗެއް. ދޫލަ. 2. ބިންމަތީގައި ފައިދަށުގައި ބޯކޮށް އެއްޗެއް ހުރުން. މ. ފަތް. –ކ. ދޫލަ އަޅައި ނިވާ ކުރުން. 2. ނުރަސްމީ ބަހުރުވައިން މީހަކަށް އެއްޗެތި ކިއުން. – carpet slippers މަތީބައިގައި ފޮތި ޖެހި ފައިވާން. carpet sweeper ފޫލަ ކަހަން އެނބުރޭ ބުރުސްތަކެއްލީ މެޝިނެއް. On the carpet މީހަކު އެއްޗެތި ގޮވުމުގެ ތެރޭގައި ވުން.
carpetingކާރޕެޓިން. ނ. 1. ދޫލަ ހެދުމަށް ބޭނުން ކުރާ ތަކެތި. 2. ނުރަސްމީ ބަހުރުވައިގައި މީހަކާ ދިމާއަށް ކިޔާ އެއްޗެތި.
carportކާރޕޯޓް. ނ. ކާރު ބާއްވަން، މަތި ހިޔާކޮށްފައި، ބިތްތަށް ހާމައަށް އޮންނަ ގެއެއް.
carriageކެރިޖް. ނ. 1. އަސްޖަހައިގެން ދަމާ، ޢާއްމުކޮށް މީހުން އުފުލާ ފުރޮޅުލީ އެއްގަމު އުޅަނދެއް. 2. ރެއިލްވޭ އެއްގެ މީހުން ތިބޭ ބައެއް. 3. މުދައު އެއް ތަނުން އަނެއް ތަނަށް ގެންދިއުން. މިކަމަށް ނަގާ ޚަރަދު. 4. ބަޑިއެއް ހަރުކޮށްފައި ހުންނަ ފުރޮޅުލީ ގާޑިޔަލެއް. 5. މެޝިނެއްގައި، ދުވާގޮތަށް އެއްޗެތި ހަރުކޮށްފައި ހުންނަ ބައެއް. ޓައިޕްރައިޓަރެއްގައި ރޯލަރު ހަރުކޮށްފައި ހުންނަ ބައި. 6. މީހަކު ހިނގާއިރު އޭނާގެ ހަށިގަނޑު ހުންނަ ތެދު/ގުދު ގޮތް. carriage clock އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ފޮއްޓަކަށްލައި، މަތީގައި އަތްގަނޑެެއް ލާފައި ހުންނަ ގަޑިއެއް. carriage forward އެއްޗެއް އެއް ތަނުން އަނެއް ތަނަށް ފޮނުވާއިރު، ފޮނުވަން ދިޔަ ޚަރަދު ލިބޭ މީހާއަތުން ނެގުން. carriage free މުދަލެއް އެއްތަނުން އަނެއް ތަނަށް ފޮނުވުން ހިލޭ.
carriagewayކެރިޖްވޭ. ނ. މަގެއްގައި ފުރޮޅުލީ ތަކެތި ދަތުރުކުރަން އޮންނަ ބައި.
carrierކެރިއަރ. ނ. 1. އެއްޗެއް އެހެން ތަނަކަށް އުފުލާ/ގެންދާ މީހެއް ނުވަތަ އެއްޗެއް. 2. އަގަށް ތަކެތި އެއް ތަނުން އަނެއް ތަނަަށް ގެންދާ ކުންފުންޏެއް ނުވަތަ މީހެއް. 3. ބައިސްކަލެއްގައި މީހަކު ނުވަަތަ މީހަކު ނުވަތަ އެއްޗެއް ގެންދިއުމަށް ހަރުކުރާ ބައެއް. 4. އެއަށް ބަލި ނުޖެހި، ބަލި އެކަތިން އަނެއް އެއްޗަށް ގެންދާ މީހެއް ނުވަތަ ޖަނަވާރެއް. 5. މަތިންދާ ބޯޓު އުފުލާ އުޅަނދެއް. 6. ތަކެތި ގެންދާ ދަބަހެއް. carrier-bag. ފިހާރައަކުން ތަކެތި ގަނެ، އަޅަން ހުންނަ ކޮތަޅު. carrier-pigeon. އަނބުރާ އަންނަ ސިޓީ ފަދަ ތަކެތި ގެންދާ ކޮތަރު. މި ކޮތަރުގައި ތަކެތި ބަންނަނީ އޭގެ ފައިގައި ނުވަތަ ކަރުގައެވެ.
carrionކެރިއޮން. ނ. މުޅަ މަސް. މަރުވެ ކުނިވަމުންދާ ޖަނަވާރެއްގެ މަސް. carrion crow މުޅަމަހާއި ކުދި ޖަނަވާރުތައް ކައިގެން ދިރިއުޅޭ ކާޅެއް.
carrotކެރަޓް. ނ. 1. އޮރެންޖު ކުލައިގެ ދޯރިއެއްހެން މޫ ހުންނަ ގަހެއް. 2. ތަރުކާރީއެއްގެ ގޮތުގައި ބޭނުން ކުރާ މިގަހުގެ ގޮނޑި. މުލާ. މުޅާ. މުޅާގޮނޑި. 3. މީހަކު ލައްވާ ކަމެއް ކުރުވުމަށް ބޭނުން ކުރާ 'އެން'. carrots ރަތްކުލައިގެ އިސްތަށިގަނޑެއް ހުންނަ މީހެއް.
carrotyކެރަޓީ. ނއ. ރަތް އޮރެންޖު ކުލަ.
carryކެރީ. ކ. 1. އެއްތަނުން އަނެއް ތަނަށް ގެންދިއުން ނުވަތަ އުފުލުން. 2. މީހެއްގެ ކިބައިގައި ވުން. މ. ކަލޭ ގަލަމެއް ކެރީ ކުރަން ހެއްޔެވެ؟ 3. އެއްޗެއް އެއްތަނުން އަނެއް ތަނަށް ނަގުލުކުުރުން. މ. ނަރުން ކަރަންޓު ކެރީ ކުރުން. 4. އެއްޗެއްގެ ބަރު ހިފުން. މ. އިސްތިހާރު ކުރުމާ ބެހޭ އޮފީސް ކެރީ ކުރަނީ ޢަލީ އެވެ. 5. ކަމަކާ ގުޅިފައިވުން. މ. ޤަތުލަކީ މަރުގެ އަދަބު ކެރީ ކުރާ ކުށެކެވެ. 6. ކަމެއް މާ ބޮޑުކުރުން. މ. ދީލަތިކަން ތި މާބޮޑަށް ކެރީ ނުކުރާށެވެ. 7. ހިސާބުކުރާއިރު ޖެހިގެން އޮތް ކޮލަމަށް ޢަދަދުން ބޮޑުވާ ބައެއް ގެންދިއުން. 8. ކާމިޔާބުކުރުން. މ. އޭނާގެ ހުށަހެޅުން ޖަލްސާގައި ކެރީ ކުރިއެވެ. 9. ހިމެނުން. މ. ހުރިހާ މީޑިއާ އެއްގައި އެ ވާހަކަ ކެރީ ކުރިއެވެ. 10. ހަށިގަނޑު ވަކިގޮތަކަށް ބަހައްޓައިގެން ދިއުން. 11. އެތެރެއިން ލާފައި ދިއުން. މ. އަޑު ފެނުގެ ތެރެއިން ކެރީ ކުރެއެވެ. Be carried away ވަރަށް ބޮޑަށް ކަމަކާ މަޖާވުން. carry all before one ވަރަށް ބޮޑަށް ކާމިޔާބު ވުން. carry conviction އަޑުއަހާމީހުން ޤަބޫލުުކުރާ ގޮތް ހުރުން. carry-cot އެއްތަނުން އަނެއް ތަނަށް ފަސޭހައިން ގެންދެވޭ ގޮތަށް ހުންނަ ކުޑަކުދިން ނިދާ އެނދު. carry forward އެކައުންޓިން ގައި ހިސާބުތައް އައު ޞަފުޙާއަކަށް ގެންދިއުން. carry off މަރުގެ މެދުވެރިކުރުން. (އިނާމެއް) ލިބުން. ދިމާވާ ޙާލަތެއް ކާމިޔާބުކޮށް ޙައްލުކުރުން. carry on ކުރާކަމެއް ކުރިއަށް ގެންދިއުން. ވާހަކައެއް ދެއްކުމުގައި ބައިވެރިވުން. (ވިޔަފާރިއެއް) ހިންގުން. ނުރަސްމީ ބަހުރުވައިގައި މާ މަޖާވެގެން އުޅުން. ގިނައިން ޝަކުވާ ކުރުން. carry on with ނުރަސްމީ ބަހުރުވައިން މީހަކާ ހިތާވެގެން އުޅުން ނުވަތަ ހިތާވުމުގެ ސަމާސާކުރުން. carry one’s bat ކުރިކެޓްގައި އިނިންގްސް ނިމޭއިރު ނުބައިނުވެ ހުރުން. carry out ތަންފީޒުކުރުން. ނިމުމަކާ ހަމައަށް ގެނައުން. carry over ކުރިއަށް ހިސާބުތައް ގެންދިއުން (އެކައުންޓިން ގައި). carry weight ނުފޫޒު ހުރުން ނުވަތަ ބަރުދަނެއް، މުހިއްމު ކަމެއް ހުރުން.
carseކާސް. ނ. ސްކޮޓްލަންޑް ގައި ކޯރެއްގެ ކައިރީގައިވާ ތިރި ހަމަ ބިން.
carsickކާސިކް. ނއ. ކާރުގެ ދުވެލީގެ ސަބަބުން ހޮޑުލެވޭ ގޮތް ވުން. ނ. carsickness.
cartކާރޓް. ނ. 1. ދެ ފުރޮޅުލީ ދަމާ ގާޑިޔާ. 2. ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ ލުއި ގާޑިޔަލެއް. –ކ. 1. ގާޑިޔަލެއްގައި ގެންދިއުން. އެއްތަނުން އަނެއް ތަނަށް ނަގުލުކުރުން. 2. މަސައްކަތުން އުނދަގުލުން ގެންދިއުން. Be in the cart އުނދަގޫ ޙާލަތެއްގައި ވުން. cart horse ގަދަ މަސައްކަތް ކުރެވޭ ވަރުގަދަ އަހެއް. cart-load ގާޑިޔަލަށް އެޅޭ، ލެވޭ މިންވަރު. cart-track ގާޑިޔާ ދުއްވަން އެކަށީގެންވާ ނަމަވެސް ކާރު ދުއްވަން ކަމުނުދާ މަގު. Put the cart before the horse އެއްޗެއް ނުވަތަ ކަމެއް، ހަމައިން ބަލާނަމަ އިސްކަން ދޭން ނުޖެހޭއިރު، އެކަން އިސްކުރުން.
cartageކާޓިޖް. ނ. 1. މުދައު ގާޑިޔަލުގައި އެއްތަނުން އަނެއް ތަނަށް ގެންދިއުން. 2. މިކަމުގެ ޚަރަދު.
carte blancheކާޓް ބްލާޝް. ނ. ކަމެއް ބޭނުންގޮތަކަށް ކުރުމުގެ ފުރިހަމަ އިޚްތިޔާރު. މ. މާވަޑިއަށް ދޯނިބަނުމަށް ކާޓް ބްލާޝް ދިނެވެ.
cartelކާޓެލް. ނ. ތަކެތި އުފައްދާ ނުވަތަ ވިއްކާ ވިޔަފާރި ވެރިންތަކެއް، އަގު ކޮންޓްރޯލް ކުރުމަށާއި އެއްބަޔަކު އަނެއް ބަޔަކާ ވާދަ ނުކުރުމަށް އުފައްދާ ޖަމްޢިއްޔާ އެއް ނުވަތަ ސިއްރު ޖަމާޢަތެއް.
carterކާޓަރ. ނ. 1. ވަޒީފާއެއްގެ ގޮތުން ގާޑިޔަލެއް ދުއްވާ މީހާ. 2. ތަކެތި އުފުލުމަކީ (އެއް ތަނުން އަނެއް ތަނަށް ގެންދިއުމަކީ) ވިޔަފާރިކަމަށްވާ މީހާ.
Carthusianކާތޫސިއަން. ނ. ނަޞާރާ ދީނުގެ ޠަރީޤާ އެއްގެ މެންބަރެއް
cartilageކާޓިލޭޖް. ނ. 1. ޖަނަވާރާއި ދޫނި ފަދަތަކެތީގެ ކަށީގައި މަސް ހަރުކުރަން ހުދުކުލައިގައި ހުންނަ ހަރު ފަހެލި މަޑުކަށި. 2. މިއިން އުފައްދާ ނުވަތަ އުފެދިފައިވާ ތަކެތި. ނއ. cartilaginous.
cartographyކާޓޮގްރާފީ. ނ. ބިމުގެ ޗާޓު ހެދުން. މިކަމާ ބެހޭ ޢިލްމު. ނ. cartographer. ނއ. cartographic.
cartonކާޓަން. 1. ކާޑުބޯޑު ނުވަތަ ޕްލާސްޓިކް ފޮށި ނުވަތަ އެހެންވެސް ކަންވާރެއް. 2. މިފަދަ އެއްޗަކަށް އެޅޭ ނުވަތަ ލެވޭ މިންވަރު.
cartoonކާޓޫން. ނ. 1. ނޫސް ކަރުދާހުގައިވާ މީހުން ޝައުޤުވެރިވާ ނުވަތަ ހެއްވާ ކުރެހުމެއް. 2. ވާހަކައެއް ކިޔައިދޭ މިފަދަ އެތައް ކުރެހުމެއް. 3. ޙަރަކާތްކުރާގޮތަށް ފިލްމަށް ނަގާ މިފަދަ ކާޓޫނު. 4. އަޞްލު ކުރެހުމެއް ކުރަހަން ފެށުމުގެ ކުރިން ކުރެހުންތެރިއަކު ކުރަހާ ކުރެހުން. –ކ. ކާޓޫނެއް ކުރެހުން. އެއްޗެއް ނުވަތަ މީހެއް ކާޓޫނު ބާވަތަށް ކުރެހުން. ނ. cartoonist ކާޓޫނު ކުރަހާ މީހެއް.
cartridgeކާޓްރިޖް. ނ. 1. ގޮވާ ތަކެތި އަޅާފައިވާ ހޮޅިއެއް ނުވަތަ މިސިފަ ޖަހާ އެއްޗެއް. ބަޑިއަށް ލެއްވުމަށް ގޮވާތަކެއްޗާއި ކުދި ރޭޒާފުއް ފަދަ ތަކެތި އަޅާފައިވާ ދެކޮޅު ބެއްދި ހިމަ ހޮޅިއެއް. 2. ފޮޓޯ ނަގާ ފިލްމު ލާފައިވާ ދެކޮޅު ބައްދާފައިވާ ހޮޅިކޮޅެއް. ރެކޯޑްކުރާ ޓޭޕްލާފައި މުޅި ބައި އެއްކޮށް ލެވޭ/ނެރެވޭގޮތަށް ހުންނަ އެއްޗެއް. 3. ލަވަޖަހާ ހޮޅީގެ ކަށި ހިމެނޭ ބައި. cartridge paper ވަރުގަދަ ބޯ ކަރުދާހެއް.
cartwheelކާޓްވީލް. ނ. އެކޮޅުކޮޅުން އެއްލާ ގޮތެއް. މިގޮތުގައި، އަތާއި ފައި ހުންނާނީ އެނބުރޭ ފުރޮޅެއްގެ ނަރުތައް ހެން ދުރަށެވެ.
cartwrightކާޓްރައިޓް. ނ. ގާޑިޔާ ހަދާ މީހެއް.
carveކާވް. ކ. 1. ކަނޑައި ބިންވަޅު ނެގުން. 2. ކެއްކި މަސް، ކެއުމަށް ފޮތިފޮތިކުރުން. 3. ވަރަށް ގަދަ މަސައްކަތުން ޙާޞިލް ކުރުމަށް މަސައްކަތް ކުރުން. carve up އެއްޗެއް އެކި ބައިބައިކުރުން.
carvel-builtކާވަލް-ބިލްޓް. ނއ. ދޯނި ބަންނައިރު މަޑޫތައް މަތިމައްޗަށް ނާރާ ގޮތަށް ބަދެފައިވާ.
carverކާވާ. 1. ބިންވަޅު ނަގާ ލިޔާ ނުވަތަ ކުރަހާ މީހެއް. ކާވް ކުރާ މީހެއް. 2. މަސް ފޮތިކުރުމަށް ހުންނަ ވަޅިއެއް. 3. ކާމޭޒެއްގެ ކައިރީގައި ހުންނަ ގޮނޑިތަކުން އަތްގަޑުލީ ގޮޑި.
carvingކާވިން. ނ. ބިންވަޅުނަގާ ކަނޑާނަގައިވާ އެއްޗެއް.
caryatidކެރިއަޓިޑް. ނ. ޔޫނާނީ މީހުންގެ ޢިމާރާތްތަކުގައި އަންހެނެއްގެ ސިފައިގައި ހަދައިފައިވާ ތަނބެއް.
Casanovaކެސެނޯވާ. ނ. ގިނަ އަންހެނުންނާ ލޯބީގެ ނުވަތަ ޖިންސީ ގުޅުން ހިންގާ ކަމަށް މަޝްހޫރު ފިރިހެނެއް. މި ނަން ކިޔާފައިވާނީ 18 ވަނަ ޤަރުނުގައި އިޓަލީވިލާތުގައި އުޅުނު މިފަދަ މީހަކަށް ނިސްބަތްކޮށެވެ.
cascadeކެސްކޭޑް. ނ. 1. އުސްތަނެއްގެ މަތިން ތިރިއަށް ފެން ގިނައިން ފައިބާ ތަނެއް. ފެނާރު، އެއްލަ. ޝައްލާލު. އާބްޝާރު 2. މިފަދަ ގޮތަކަށް ފައިބާ ނުވަތަ ފައިބާ ގަންނަ އެހެން އެއްޗެއް. –ކ. ކެސްކޭޑެއްހެން ފޭބުން.
cascaraކަސްކާރާ. ނ. 1. ބަނޑު ހަރުވުމުން ބޭނުން ކުރާ އުތުރު އެމެރިކާގައި ހެދޭގަހެއްގެ ތޮށްޓެއް. 2. ކޮފީ ގަހުގައި އަޅާ މޭވާގެ ތޮށިގަނޑު.
caseކޭސް. ނ. ކަމެއް ހިނގާ ގޮތުގެ މިސާލެއް ނުވަތަ ފަހަރެއް. ކަމެއް ހިގާ ގޮތުގައި ޙަޤީޤީ ޙާލަތު. ހާދިސާ. މައްސަލަ. 2. ބައްޔެއްގެ ޙާލަތު. ބައްޔެއް ޖެހިފައިވާ މީހާ. 3. ފުލުހުން ތަޙްޤީޤުކުރަމުން ދާ މައްސަލައެއް. 4. ގަޒިއްޔާއެއް. 5. ވަކި ޒުވާބެއް ނުވަތަ ޖަދަލަކަށް ބާރުލިއްބައިދޭ ޙަޤީޤަތްތައް ނުވަތަ ހެކިތައް. 6. ބަހުގެ ގަވާއިދުގައި ނަމަކާ އެހެން ލަފުޒަކާ ހުންނަ ގުޅުން އެނގޭ ގޮތަށް ބަދަލުވާ ގޮތް. case-book. ޤާނޫނީ މައްސަލައެއްގެ ނުވަތަ ބަލިމީހެއްގެ ނުވަތަ ކަމެއްގެ ރެކޯޑްތައް. case-load ޑޮކްޓަރަކު ނުވަތަ އެފަދަ އެހެން މީހަކު ބަލަހައްޓާ ކޭސްތަކުގެ އަދަދު. In any case ކޮންމެ ގޮތެއް ވިއަސް، ކޮންމެ ޙާލަތެއްގައި ވެސް. In case ކަމެއް ވެދާނެތީ. In case of fire އަލިފާން ރޯވެއްޖެ ނަމަ.
caseކޭސް. ނ. 1. އެއްޗެއް އަޅާ އެއްޗެއް ނުވަތަ ރައްކާތެރިކުރުމަށް ބޭރުން އެއްޗެއްގެ މަތީގައި އަޅާ ނުވަތަ ހަރުކުރާ އެއްޗެއް. 2. އެފަދަ އެއްޗިއްސާ އެކު. އެފަދަ އެއްޗެއްގައިވާ ތަކެތީގެ މިންވަރު. 3. ސޫޓްކޭސް. –ކ. ކޭސް އެއްގެ ތެރެއަށް ލުން.
caseinކޭސީން. ނ. ކިރުގައި ހިމެނޭ ޕްރޮޓީން އެއް. ޗީޒް އުފެދެނީ މީގެ ސަބަބުންނެވެ.
casementކޭސްމަންޓް. ނ. ބޮޑު ދޮރެއްގެ ގޮތަށް އަރިމަތިން ހުޅުވޭ ކުޑަދޮރެއް.
caseworkކޭސް ވާރކް. ނ. އެކި އެކި މައްސަލައިގައި އުޅޭ މީހުންނާ މުޢާމަލާތްކޮށް އެމީހުންގެ ކަންތައްތައް ހަމަޖެއްސުމާ ބެހޭ އިޖްތިމާޢީ މަސައްކަތް. ނ. caseworker.
cashކޭޝް. ނ. 1. ވަކި ލާރިއާއި ނޫޓު ހިމެނޭ ގޮތުން ފައިސާ. 2. ދަރަންޏަށް ނުވަތަ އެހެން ގޮތަކަށް ފައިސާ ފަހުން ދެއްކުމުގެ ބަދަލުގައި ވަގުތުން ފައިސާ ދައްކަން ޖެހޭ ޖެހުން. 3. ފައިސާ، މާލު. –ކ. ފައިސާ ދިނުން ނުވަތަ ފައިސާ ލިބިގަތުން. މ. ޗެކެއް ކޭޝް ކުރުން. cash and carry ފައިސާ ދިނުމަށް ފަހު، އަމިއްލަ އަށް މުދައު ގެންދަން ޖެހޭ ގޮތަށް ކުރާ ވިޔަފާރި. cash crop ވިއްކުމަށްޓަކައި ދަނޑުގައި ހައްދާ ތަކެތި. cash desk ފިހާރައެއް ފަދަ ތަނެއްގައި ފައިސާ ބަލައިގަންނަ މޭޒު. cash flow ވިޔަފާރިއެއްގައި ފައިސާ ދައުރުވާގޮތް. ތަކެތި ވިޔަފާރިއަށް ގަތުމުން، އެހެންކަންކަމަށް ފައިސާ ދެއްކުމަށް ހުންނަ ތަނަވަސްކަން. cash register ގަންނަ ކޮންމެ އެއްޗެއް ރެކޯޑު ކުރެވޭ ގޮތަށް ފިހާރަތަކުގައި ހުންނަ އާލަތެއް. cash in on ބޮޑު ފައިދާއެއް ހޯދައިގަތުން. ކަމެއް އަމިއްލަ ފައިދާ އަށް އަނބުރާލުން. cash on delivery ގަންނަ އިރުގެ ބަދަލުގައި، މުދައު ލިބިގަތުމުން ފައިސާ ދައްކަން ޖެހުން.
cashableކޭޝަބްލް. ނއ. ފައިސާ ލިބިގަނެވޭ.
cashewކެޝޫ. ނ. ހޫނު ސަރަހައްދުތަކުގައި ހެދޭ ގަހެއްގައި އަޅާ ގުދުމަދެއް. ކަޖޫ.
cashierކޭޝިއަރ. ނ. ބޭންކް އެއްގައި ނުވަތަ ފިހާރައެއްގައި ފައިސާ ދޫކުރަން ނުވަތަ ލިބިގަންނަން އިންނަ މުވައްޒަފު.
cashierކޭޝިއަރ. ކ. ވަޒީފާއިން ވީއްލުން، ޚާއްޞަކޮށް ޤަދަރުނެތި ދާ ގޮތަކަށް.
cashmereކެޝްމިއަރ. ނ. 1. ޚާއްޞަކޮށް ކަޝްމީރު ބަކަރީގެ، ވަރަށް މަޑު ހިމަ ކެހެރި. 2. މިފަދަ ކެހެރިން ވިޔެފައި ހުންނަ ފޮތި.
casingކޭސިން. ނ. 1. އެއްޗެއްގެ ބޭރުން ރައްކާތެރިކުރުމުގެ ގޮތުން ލާ ދުއްޔެއް ނުވަތަ އެފަދަ އެއްޗެއް. 2. މި ފަދަ އެއްޗެއް ހަދައިފައިވާ މަޢުދަން ނުވަތަ އެތި.
casinoކެސިނޯ. ނ. ޖުވާ އާއި މުނިފޫހިފިލުވުމުގެ ކަންކަން އޮންނަ ޢާއްމުންނަށް ވަދެވޭ ޢިމާރާތެއް.
caskކާސްކް. ނ. 1. ޚާއްޞަގޮތެއްގައި ރާ އަޅާ ނުވަތަ އެހެން ވެސް އެއްޗެތި އަޅާ ފީފާއެއް. 2. މިފަދަ ފީފާއެއްގައިވާ ތަކެތި.
casketކާސްކެޓް. ނ. އަގުބޮޑު ޖަވާހިރު ނުވަތަ އެފަދަ ތަކެތިލާ ކުޑަ ފޮށްޓެއް.
cassandraކެސެންޑްރާ. ނ. މުޞީބާތްތައް އެކަމެއް ވުމުގެ ކުރިން ބުނާ މީހެއް. (ޔޫނާނީ ބޯދާ ވާހަކައެއްގައި އުޅޭ އަންހެނެއްގެ ނަން. އޭނާ ބުނާ އެއްވެސް ވާހަކައެއް ތެދު ވިއަސް ޤަބޫލުނުކުރާކަމަށް ވެއެވެ.)
cassataކެސާޓާ. ނ. މަދާއި މޭވާ ހިމެނޭ އައިސް ކްރީމް ކޭކެއް.
cassavaކަސާވާ. ނ. ހޫނު ސަރަޙައްދުގައި ހެދޭ ގަހެއް. މިގަހުގެ މޫތަކުގެ ގޮނޑިއަކީ ކެއުމަށް ބޭނުން ކުރާ އެއްޗެކެވެ. ދަނޑިއަލުވި.
casseroleކެސެރޯލް. ނ. 1. މަސް ކެއްކުމަށް ބޭނުންކުރާ މަތިޖެހޭ ތައްޓެއް. 2. މިފަދަ ކަންވާރެއްގައި ކައްކާފައި ހުންނަ މަސް. –ކ. މަސް މިފަދަ ތައްޓެއްގައި ކެއްކުން.
cassetteކެސެޓް. ނ. ފިލްމު ނުވަތަ ޓޭޕް ލީ ކުޑަ ޕްލާސްޓިކް ފޮށްޓެއް.
cassockކެސޮކް. ނ. ނަޞާރާ ދީނުގެ ބައެއް މީހުން (އަދި ފައްޅީގެ ލަވަކިޔާ ކުދިން) ލާ ޖުއްބާއެއް.
cassowaryކެސޯވަރީ. ނ. ނާމާ އަށް ވުރެ ކުޑަ ނަމަވެސް އެވައްތަރު ބޮޑު ދޫންޏެއް.
castކާސްޓް. ކ. 1. އެއްލުން. އެއްޗެއް ވާގޮތް ހެދުން މ. ހިޔަނި. 2. ވަކިކޮށްލުން ނުވަތަ ދޫކޮށްލުން. މ. ކަކުންޏެއް އޭގެ ތޮށިގަނޑު. 3. އަނބުރާލުން ނުވަތަ ވަކި ދިމާއަކަށް ދިއްކުރުން. މ. ނަޒަރު. 4. ވޯޓުލުން. 5. ދިޔާ މަޢުދަނެއް ތައްގަނޑަކަށް އަޅައިގެން ހަރުކުރުން. 6. ހިސާބުކުރުން. މ. މީހެއް ވިހާއިރުގެ ރާހި. 7. ފިލްމެއް ނުވަތަ ތަމްސީލަކަށް މީހުން ޢައްޔަނުކުރުން ނުވަތަ ހޮވުން. –ނ. 1. ކާސްޓް ކޮށްގެން ކުރާ ކަމެއް. 2. މަޑު އެއްޗެއް ތައްގަނޑަކަށް ނުވަތަ އެހެން ގޮތަކަށް ހަރުކުރުން. މ. ބިންދައިގެން ދިއުމުން އޮއްޓުއަޅައި ބޭރުން ޕްލާސްޓަރ އަޅައި ހަރުކުރުން. 3. ތަމްސީލެއް ނުވަތަ ފިލްމެއްގެ ބައިވެރީން. 4. ކުޑަކޮށް ލޯ އަވަރުވެފައި ވުން. cast about for އެއްޗެއް ހޯދުމަށް ތަންތަން ބެލުން. cast iron ތައްގަނޑަކަށް އަޅައިގެން ތަކެތި ހަދަން ބޭނުންކުރާ ދަގަނޑު. ނއ. cast iron މިފަދަ ދަގަނޑުން ހަދައިފައިވާ އެއްޗެއް. cast-off އުޅަނދެއް ވާމޮހާލައިފައި ދޫކޮށްލުން. ވިޔާއިރު ބޭނުން ކަށީގެ ވަށައިގެން ބަރަނި އޮޅައިގެން ބޮޅު ހެދުން. cast-offs ބޭނުން ނުކުރަން ވެގެން ދޫކޮށްލާ އަންނައުނު. cast on ވިޔާއިރު ކަށިލައިގެން ފަރާތެއް ފެހުން.
castanetsކާސްޓަނެޓްސް. ނ. އަތަށް ލެވޭ ވަރުގެ ތިލަ ދެ ސަމުސަލެއްގެ ސިފައަށް ޢާއްމުކޮށް ލަކުޑިން ހަދާ މިޔުޒިކުކުޅޭ އާލާތެއް. ދެއަތުގެ ބޮޑު އިގިއްޔަށް މި މަހާލުމަށް ފަހު، އިނގިލީގެ ހަރަކާތުން އެކަތި އަނެއް އެއްޗާ ޖަހާ ކުޅެއެވެ. ސަންޖާތު.
castawayކާސްޓަވޭ. ނ. ބެހުނު މީހެއް.
casteކާސްޓް. ނ. 1. ހިންދީންގެ ވާރުތަވާ އިޖްތިމާޢީ ގިންތި. ޤަބީލާ. ޖާތި. 2. އެހެން މީހުންނަށް ފަސޭހައިން ނުވަދެވޭ އިޖްތިމާޢީ ޖަމާޢަތެއް.
castellatedކެސްޓިލޭޓިޑް. ނއ. ކިއްލާއެއްގައި ހެން މަތީ ފާރުތައް ބަޑިއަށް ދޮރުކަނޑާފައި ހުރުން.
casterކެސްޓަރ. ނ. ބަލާ castor
castigateކާސްޓިގޭޓް. ކ. ތަޅައިގެން ނުވަތަ އެއްޗެތިކިޔައިގެން އަދަބު ދިނުން. ނ. castigation, castigator.
casting voteކާސްޓިން ވޯޓް. ނ. ދެ ފަރާތަކަށް ލިބުނު ވޯޓު އެއްވެގެން ވަކިގޮތެއް ނިންމަން ދޭ ވޯޓު.
castleކާސްލް. ނ. 1. ބޭރުން ހަމަލާ ދިނުމުން ދިފާޢުވުމަށް ހަދައިފައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތްތަކެއް. ބުރުޖު. ޙުސްނު. ކިއްލާ. މަހަލް. 2. ރާޒުވާ ކުޅޭ އިރު ގެންގުޅޭ ރިޔާ. –ކ. ބޭރު މީހުން ރާޒުވާ ކުޅޭއިރު، ރިޔާ ބޮނދުކައިރިއަށް ގެންދިއުމަށް ފަހު، އެ ރިޔާ އާ ޖެހިގެން އަނެއް ފަރާތަށް ބޮނދު ގެނައުން. castles in the air ޚިޔާލީ ފޮލާ. ނުވާ ވަރުގެ ހުވަފެންތައް ޚިޔާލުން ދުށުން.
castorކެސްޓަރ. ނ. 1. ލޮނު ނުވަތަ ހަކުރު އަޅާފައި ހުންނަ ކުދިފުޅި. މިފުޅީގެ މަތީގައި ހުންނާނީ މިތަކެތި އޮއްސަން ލޯވަޅު ކަނޑާފައެވެ. 2. ބައެއް ފަރުނީޗަރު ފައިގައި ހުންނަ އެނބުރޭ ގޮތަށް ހުންނަ ކުދި ފުރޮޅު. castor sugar ހިމުންކޮށް މުގުރާފައި ހުންނަ ހަކުރު.
castor oilކެސްޓަރ އޮއިލް. ނ. އާމަނަކަ ތެޔޮ. މިއީ ގޮހޮރު ހިކުމުން ބޭހެއްގެ ގޮތުގައި ބޭނުން ކުރާ އެއްޗެކެވެ. ބައެއް މެޝިނުގެ ހިނގުން އޮމާން ކުރުމަށް ގިރިހެއްގެ ގޮތުގައި ވެސް މިތެޔޮ ބޭނުން ކުރެއެވެ.
castrateކާސްޓްރޭޓް. ކ. ފިރިހެން އެތީގެ އޮށް ކަނޑާލުން. ހޯޖާކުރުން. ޚުންސާ ކުރުން. ނ. castration.
casualކެޝުއަލް. ނއ. 1. އިއްތިފާޤުން ވާ ކަމެއް. އިއްތިފާޤީ. މ. މީހަކާ ބައްދަލުވުން. 2. ވިސްނުމާ ފިކުރާއި ނުލައި. 3. ފަރުވާ ބަހައްޓައިގެން ނޫން. ނިޒާމީ ގޮތަކަށް ނޫން. މ. ފޮތެއް ކެޝުއަލްކޮށް ބެލުން. 4. ނުރަސްމީ. މ. ކެޝުއަލް ހެދުން. 5. ދާއިމީ ނޫން. ވަގުތީ. މ. ކެޝުއަލް މަސައްކަތު މީހުން. ކއ. casually. ނ. casualness. casuals ނުރަސްމީ ހެނދުން ނުވަތަ ފައިވާން/ބޫޓު. casual shoes ނުރަސްމީ ފައިވާން/ބޫޓު. casual water ގޮލްފު ކުޅޭ ތަނެއްގައި ވަގުތީ ގޮތުން ހެދިފައި އޮންނަ ފެންގަނޑު.
casualtyކެޝުއަލްޓީ. ނ. 1. ހަނގުރާމައެއްގައި ނުވަތަ އެހެން ވެސް ކަމެއްގައި މަރުވާ ނުވަތަ އަނިޔާވާ މީހެއް. 2. ގެއްލޭ ނުވަތަ ހަލާކުވާ އެއްޗެއް.
catކެޓް. ނ. 1. ބައެއް މީހުން އޮޅުކޮށްގެން ގެންގުޅޭ ކެހެރިފެޅި ކުޑަ ޖަނަވާރެއް. ބުޅާ. 2. މިފަދަ ވަލު، ވަޙްޝީ ޖަނަވާރެއް. މ. ސިންގާ. 3. ޙަސަދަވެރިވެ މީހަކަށް ލަޑެއް ދޭން ބޭނުންވާ އަންހެނާ. 4. cat-o’-nine-tails އަށް ކުރުކޮށް ކިޔާގޮތެއް. cat-and-dog life އަބަދު އަރައިރުންވާން ޖެހޭ ޙަޔާތެއް. cat and-mouse game ދެރަ އެއްޗަކާ އަބަދު ޖައްސާލައިގެން އުޅުން. cat burglar ފާރުމަތިން ނުވަތަ ހޮޅިއަކުން ވައްކަން ކުރަން ވަންނަ މީހާ. cat-o’-nine-tails މީހުންގައިގައި ތަޅަން ކުރިން ގެންގުޅުނު އެއްޗެއް. މީގައި ގޮށްތަކެއް ހިމެނޭ ނުވަ ވާފަށް ހުރެއެވެ. cat’s cradle ކުޅިވަރެއްގެ ގޮތުގައި އިނގިލިތަކަށް ރޮނދިފަށެއް ނުވަތަ ވައު ކޮޅެއް ބާނައިގެން ކުޅޭ ކުޅިވަރެއް. catseye (ޓްރޭޑް މާކެއް) cat’s-eye މަގު ދެބައިކުރަން ނުވަތަ އަރިމަތީގައި އަލި އެޅުމުން ދިއްލޭ ގޮތަށް ހަދައި މަގުގައި ހަރުކޮށްފައި ހުންނަ މަކުނޑިތަކެއް. cat’s paw ނުރައްކާތެރި ކަމެއް ކުރަން އެހެން މީހަކު ތިމާގެ ފައިދާއަށް ބޭނުން ކުރުން. މިއީ ރާމާމަކުނެއް އަލިފާނުގައި ހުރި މަދުތަކެއް ބުޅަލެއްގެ ފައިން ނެގުވި ވާހަކައަކުން އައިސްފައިވާ ޢިބާރާތެކެވެ. Let the cat out of the bag ސިއްރެއް ފާޅުކުރުން. Put the cat among the pigeons މައްސަލަތައް އުފައްދާނޭ މީހަކު ޖަމާޢަތެއްގައި ހިމެނުން. See which way the cat jumps ވާގޮތެއް ޔަޤީން ވަންދެން ކަމަކާ ޚިޔާލެއް ދިނުން ނުވަތަ ޢަމަލެއް ކުރުން ފަސްކުރުން.
cataclysmކެޓެކްލިސްމް. ކެޓެކްލިޒަމް ނ. އިންތިހާއީ ބޮޑު ބަދަލެއް. ނުބައިނަތީޖާއެއް ނުކުންނަ އިންޤިލާބީ ބަދަލެއް، ޠޫފާނެއް، ޒަލްޒަލާއެއް، ބިންހެލުމެއް ފަދަ ކާރިސާއެއް.
catacombsކެޓެކޫމްޒް. ނ. މަގުތަކުގެ ދެފަރާތުގައި ގަބުރު ބަހައްޓާފައި ހުންނަ ބިންގަރާސް.
catafalqueކެޓެފޯކް. ނ. ޤަދަރުވެރިއެއް ޕްރޮސެޝަން އެއްގައިދ ާއިރު، އޭނާ ހުންނަ ރީތިކޮށްފައިވާ ޕްލެޓްފޯމް. ޤަދަރުވެރިއެއްގެ މައްޔިތެއް މީހުންނަށް ދައްކަން ބާއްވާއިރު އެ ބާއްވާފައި އޮންނަ ރީތިކޮށްފައިވާ ޕްލެޓްފޯމް.
catalepsyކެޓެލެޕްސީ. ނ. އިންސާނާ ހޭނެތި ހަރުވާ ހާލަތެއް ނުވަތަ ބައްޔެއް. ނއ. cataleptic.
catalogueކެޓެލޮގް. ނ. ކޮންމެ އެއްޗެއްގެ ކުރު ތަފްޞީލެއް ހިމެނޭ ތަކެތި ތަރުތީބު ކުރެވިފައިވާ ލިސްޓެއް. ތަފްސީލީ ފިހުރިސްތު. ނަންވަލިޔާ. –ކ. ކެޓެލޮގް ކުރުން. ނ. cataloguer.
catalystކެޓެލިސްޓް. ނ. 1. ކެމިސްޓްރީގައި، ރިއެކްޝަނެއްގެ ސްޕީޑް އަވަސް ވާ އެއްޗެއް. ނަމަވެސް، މި އެތި، ރިއެކްޓްވާ އެއްޗިއްސާ ނުގުޅެއެވެ. ހިފާޒު. 2. ބަދަލެއް އަވަސްވުމަށް މެދުވެރިވާ މީހެއް ނުވަތަ އެއްޗެއް.
catamaranކެޓެމަރާން. ނ. ދެ ހަލް ހުންނަ އުޅަނދުގެ ބާވަތެއް. ދިވެހިބަހުން މިއަށް ކިޔަނީ ބަރާ އޮޑިއެވެ.
catapultކެޓެޕަލްޓް. ނ. 1. ކަތްޕަކަށް ރަބަރު ފަށެއް ބަނދެގެން ދުރަށް ގައު ނުވަތަ އެހެންވެސް އެއްޗެއް އުކަން ހަދާ އާލަތެއް. ސާޅަނގަ. 2. ކުދި މަތިންދާބޯޓު އުދުއްސާލަން، މަތިންދާ ބޯޓު އުފުލާބޯޓުފަހަރުގައި ނުވަތަ އެއްގަމުގައި ހުންނަ ކުރިއަށް ކުއްލިއަކަށް ދުއްވައިގަންނަ އެއްޗެއް. –ކ. 1. ސާޅަނގައެއްގައި ލާފައި އެއްޗެއް ޖެހުން. ބާރަށް އެއްޗެއް އެއްލުން. 2. ވަރަށް ބާރަށް ކުރިއަށް ޖެހިގަތުން.
cataractކެޓެރެކްޓް. ނ. 1. ބޮޑު ފެނާރެއް 2. ލޮލުގެ ލެންސް ފުސްވުމުގެ ސަބަބުން ސާފުކޮށް ނުފެންނަ ބަލި. ރާދަފުސް. 3. ލެންސްގެ މިގޮތަށް ނުސާފުވެފައި ފުސްކޮށް ހުންނަ ތަން.
catarrhކަޓާ. ނ. ނޭފަތާއި ކަރުން އަރުދަފުސް ނުވަތަ ފެން ގިނައިން ފޭބުމުގެ ބަލި. މި ބަލި ޖެހެނީ ތެތްކަން ހިފަހައްޓާ ފަށަލައެއް ދުޅަވުމުގެ ސަބަބުންނެވެ. ނއ. catarrhal.
catastropheކެޓެސްޓްރޮފީ. ނ. ކުއްލި ބޮޑު ހިތާމައެއް ނުވަތަ މުޞީބާތެއް. ކާރިސާ. ބަލާ. އާފާތް. ނއ. ކެޓޭސްޓްރޮފިކް catastrophic. ކއ. catastrophically.
catcallކެޓްކޯލް. ނ. ނުރުހުމުގެ އަޑުގަދަ ތުނބުން ފުމުމެއް. މަގުމަތިންދާ އަންހެނުންނާ ފޮށުން. ނ. catcalling.
catchކެޗް. ކ. މަޅިފައްޗެއްގައި ނުވަތަ ދަންތުރައެއްގައި ޖައްސަައި އެއްޗެއް ހިފުން. 2. ދުއްވާފައި ދާ އެއްޗެއްގެ ކުރިއަށް އެރުން. 3. ދަތުރުކުރަމުންދާ އެއްޗެއް ހިފުން. މ. ބޯޅައެއް. 4. ނޭނގި ހުއްޓައި ކަމެއް ކުރިމަތިވުން. 5. ވަގުތަށް އައިސް އެއްޗަކަށް އެރުން މ. ރޭލަކަށް، ފެރީއަކަށް. 6. އިވުން (ރޭޑިއޯއިން އަންނަ ޕްރޮގްރާމެއް)، ބެލުން (މ. ފިލްމެއް). 7. ހިނދުކޮޅަކަށް ލިބިގަތުން. މ. އެއްޗެއްގެ ހިޔަނި؛ މީހެއްގެ ނަޒަރު/ސަމާލުކަން ލިބިގަތުން. 8. ތަނަކު ހަރުވުން ނުވަތަ ހިފެހެއްޓުން. 9. ޖެހުން. މ. އޭނާގެ އަތް ކޯޓްވީ ނޭފަތުގައެވެ. 10. އަނދަން ފެށުން. މ. ޑްރެސް ކޯޓް ފަޔަރ. 11. ބައްޔެއް ޖެހުން. މ. ރޯގާ ކެޗްވުން. –ނ. 1. ހިފުމުގެ ޙަރަކާތް. 2. ހިފުނު އެއްޗެއް ނުވަތަ ހިފާވަރުގެ އެއްޗެއް. 3. ފޮރުވިފައިވާ ދައްޗެއްވާ މ. މި ސުވާލުގައި ކެޗެއް ވެއެވެ. 4. އެއްޗެއް ހަރުކުރުމަށް ބޭނުންކުރާ އާލަތެއް. މ. މަކުޑި. 5. އަސަރުގެ ސަބަބުން މީހެއްގެ އަޑުގައިވާ ކުރަކިކަމެއް. 6. ގުރޫޕަކުން ލަވަކިޔާއިރު އެކި މީހުން އެކި ތަންތަންކޮޅު ކިޔާ ކިޔުން. Be caught ނުރަސްމީ ބަހުރުވައިގައި ބަލިވެ އިނުން. catch-as-catch-can ހުރިހާ އޮޅުލުމެއް ހުއްދަ ހިފުމުގެ ބާވަތެއް. catch crop މައިގަނޑު ގޮވާން ހެދެމުންދާއިރު އަވަހަށް ހެދޭ އެއްޗެއް ހައްދައި ކުރާ ކެނޑުން. catch hold of އަތުން އެއްޗެއްގައި ހިފުން. catch it ނުރަސްމީ ބަހުރުވައިން އެއްޗެތިގޮވުން ލިބިގަތުން. catch on ނުރަސްމީ ބަހުރުވައިގައި ގިނަ ބައެއްގެ ރުހުން ލިބުން. ކަމެއް އޮޅުންފިލުން. catch out ކުށެއް ފާހަގަ ކުރެވުން. ކުރިކެޓްގައި ބެޓުގައި ޖެހުނު ބޯޅައެއް ހިފުން. catch phrase ވަކި އިރެއްގައި ޢާއްމުކޮށް ގިނަ ބަޔަކު ބޭނުންކުރާ ޢިބާރާތެއް. catch 22 ދެގޮތުން ކުރެ ކޮންމެ ގޮތެއް ޚިޔާރުކުރިއަސް ގެއްލުމެއް ލިބޭ. (1961 ގައި ހެލަރ ލިޔުނު ވާހަކައެއްގެ ސުރުޚީ). catch up އަރާ ހަމަކުރުން. ނުކުރެވި ވާ ކަންތައްތައް ކޮށް ހަމަކުރުން.
catcherކެޗަރ. ނ. 1. އެއްޗެއް ހިފާ މީހާ. 2. ބޭސްބޯލް ކުޅޭއިރު، ބެޓް ހިފައިގެން ހުންނަ މީހާގެ ފަހަތުގައި ހުންނަ މީހާ.
catchingކެޗިން. ނއ. ފަސޭހައިން ބަލި ފަތުރާ.
catchment areaކެޗްމަންޓް އޭރިއާ. ނ. 1. ވާރޭވެހޭއިރު، އެއްޗަކަށް ދާ ވާރޭފެން ވެހޭ އޭރިއާ. މ. ފުރާޅެއް ތާނގީއަކާ ގުޅާފައި ހުރިނަމަ ފުރާޅުގެ އޭރިއާ އަކީ ކެޗްމަންޓް އޭރިއާއެވެ. 2. މަދަރުސާއަކަށް ވަންނަ ކުދިން ނުވަތަ ހޮސްޕިޓަލަކަށް އަންނަ މީހުން އުޅޭ އޭރިއާ ނުވަތަ ސަރަޙައްދު.
catchpennyކެޗްޕެނީ. ނއ. އަވަހަށް ވިއްކާލުމަށް ބޭނުންވާ.
catchweightކެޗްވެއިޓް. ނ. މުބާރާތެއްގައި، ކުޅޭ މީހަކު (އުމުރުފުރައާ ނުގުޅުނަސް) އޭނާ ހުރި ބަރުދަނުން ބައިވެރިވެވޭ ގޮަތަށް ހަމަ ޖެއްސުން.
catchwordކެޗްވާރޑް. ނ. ހަނދާން ހުންނަ ވައްތަރުގެ ޢިބާރާތެއް.
catchyކެޗީ. ނއ. 1. ފަސޭހައިން ހަނދާން ހުންނަ ހިތްގައިމު. މ. ލަވަ. 2. މަކަރެއް ހިމެނޭ.
catechismކެޓިކިޒަމް. ނ. 1. ސުވާލާއި ޖަވާބުން، ދީނެއްގެ ޢަޤީދާތަކުގެ ޚުލާޞާއެއް. 2. ސުވާލުތަކެއްގެ ސިލްސިލާއެއް.
catechizeކެޓިކައިޒް. ކ. ސުވާލުތަކެއް (މީހަކަށް) ކުރިމަތިކުރުން.
categoricalކެޓިގޮރިކަލް. ނއ. ޝަރުޠެއް އިސްތިސްނާއެއް ނެތް. މުޠުލަޤު. ޞަރީޚަ. ކއ. categorically.
categorizeކެޓިގަރައިޒް. ކ. ކެޓިގަރީތަކަކަށް ނުވަތަ ގިންތިތަކަށް ބެހުން.
categoryކެޓިގަރީ. ނ. އެއްޗެތީގެ ގިންތިއެއް. ގުރޫޕެއް. ކިލާހެއް. ބައި. ސިލްސިލާ. ޤިސްމު.
caterކޭޓަރ. ކ. ބަޔަކަށް ބޭނުން ވާ އެއްޗެތި ހޯދައިދިނުން ނުވަަތަ ފޯރުކޮށްދިނުން ނުވަތަ ފޯރުވުން، ޚާއްޞަކޮށް ކާނާ ނުވަތަ މުނިފޫހިފިލުވުން.
catererކޭޓަރަރ. ނ. ވިޔަފާރިއެއްގެ ގޮތުގައި ކެއުން ނުވަތަ އެހެން ތަކެތި ފޯރުކޮށްދޭ ފަރާތެއް.
caterpillarކޭޓަރޕިލަރ. ނ. 1. ބަނޅިދެއްގެ ނުވަތަ ކޮކާލެއްގެ ފަނި. 2. އެއްގަމު އުޅަނދެއްގެ ދެ ފުރޮޅު ދެމެދުގައި ބޭންޑެއްގެ ގޮތަށް ބޭނުން ކުރާ ފުޅާ ދަގަނޑު ނުވަތަ ރަބަރު ފީތާ.
caterwaulކެޓަރވޯލް. ކ. ބުޅަލެއް ދިގުކޮށް ގޮވާ ގޮތަށް ގޮވުން.
catfishކެޓްފިޝް. ނ. އަނގަކައިރީގައި ދެ ނަރުވާލީ ޢާއްމުކޮށް މީރު ފެނުގައިއުޅޭ ބޮޑު މަހެއް.
catgutކެޓްގަޓް. ނ. އޮޕަރޭޝަން ކުރާއިރު ފެހުމަށް ނުވަތަ ބައެއް މިޔުޒިކީ ސާމާނުގައި ދެމުމަށް ބޭނުން ކުރާ، ބައެއް ޖަނަވާރުތަކުގެ ކުޑަ ގޮހޮރު ހިއްކައިގެން ހަދާ ވަލެއް.
catharsisކަތާސިސް. ނ. ޝުޢޫރުތައް ބަންޑުން ކޮށްލައިގެން ލިބޭ ހިތްހަމަޖެހުމާއި ލުއިކަން (ޚާއްޞަކޮށް ފިލްމާއި ތަމްސީލުގައި). ނއ. carthartic
cathedralކެތީޑްރަލް. ނ. ނަޞާރާދީނުގެ އިސް ފާދިރީއެއްގެ ބާރު އޮންނަ ސަރަޙައްދުގެ މައި ފައްޅި.
catherine wheelކެތެރީން ވީލް. ނ. މުނިފޫހިފިލުވުމަށް ބޭނުންކުރާ، އެނބުރޭ ބަޑިބޭހުގެ އެއްޗެއް.
catheterކެތިޓަރ. ނ. ބްލެޑަރ ނުވަތަ މަސާނާއަށް ކުޑަކަމުދާ ތަކެތި ބާލަން، ބޭރުން ވައްދާ ހިމަހޮޅިއެއް. ކ. catheterize ހޮޅިއެއް ކުރިމަތި ފަރާތުން ވެއްދުން.
cathodeކެތޯޑް. ނ. އިލެކްޓްރިކް އެއްޗަކުން ޑީސީ ކަރަންޓު ނުކުންނަ ކޮޅު. cathode-ray tube އިހުގެ ޓީވީތަކުގައި މަންޒަރު ފެންނަ ވައި ހުސްކުރި ބިއްލޫރި ފުޅި. އިސްކިރީނަކީ މި ފުޅީގެ ފުލެވެ. އިސްކިރީނުގެ ފުރަގަހުގައި ހުންނަ ކެމިކަލެއްގައި އިލެކްޓްރޯންތައް ޖެހުމުން އަލި އުފެދެއެވެ.
catholicކެތޮލިކް. ނއ. ހުރިހާ އެއްެޗެއް ނުވަތަ ބައެއް ހިމެނޭ. މ. ހުރިހާ ޤައުމެއްގެ ހުރިހާ ކާއެއްޗެތި ހިމެނޭގޮތަށް، މީހަކަށް މީރު ރަހަތައް ކެތޮލިކް ވެދާނެއެވެ.
catholicކެތޮލިކް. ނއ. ނަޞާރާ ދީނުގެ ހުރިހާ ފައްޅިތަކެއް ހިމެނޭ. 2. Roman catholic ނަޞާރާ ދީނުގެ މައިގަނޑު އެއް މަޒުހަބު. މިއީ ކުރިން ރޫމީންގެ އެންމެން އެއް ދީނަކަށް އުޅެން މަޖުބޫރުކުރުވި ދީނީ ހަމަތަކެއް ގެންގުޅޭ ބައެކެވެ. ނ. catholicism ކެތޮލިސިޒަމް.
cationކެޓްއަޔަން. ނ. ޕޮސިޓިވް ޗާޖެއް ހިމެނޭ އަޔޯންއެއް.
catkinކެޓްކިން. ނ. ގަހުގައި އަޅާ މަލުގެ ބާވަތެއް. މި މާތައް ގިނައިން ހުންނާނީ ބުޅާނިގޫ ގޮތަށް ތިރިއަށް އެލުވިފައެވެ.
catmintކެޓްމިންޓް. ނ. ބުޅާ އޮޅު ވަސްގަދަ ގަހެއް.
catnapކެޓްނެޕް. ނ. ކުރު ނިދާލުމެއް. –ކ. ކުޑަ ވަގުތުކޮޅަކު ނިދާލުން.
catteryކެޓަރީ. ނ. ބުޅާ ވިއްސާ ގެންގުޅޭ ތަނެއް.
cattleކެޓްލް. ނ. މަހާއި ކިރަށް އޮޅުކޮށްގެން ގެންގުޅޭ ދަޅުލީ އަދި ބައިބައިކޮށް ހުންނަ ހަތަރު މޮއްގަނޑު ލީ ޖަނަވާރު. ނަޢަމް ސޫފި. މާޝިޔާ. ގެރިބަކަރި. ޖަޕާނު ބަހުން އުޝި. cattle-cake މިފަދަ ތަކެއްޗަށް ކާންދޭން ހުރިހާ ކަނާދެއް ހިމެނޭ ކާނާއެއް. cattle-grid ކާރަށް އެކަމަކު ކެޓްލް އަށް ހުރަސް ނުކުރެވޭ ގޮތަށް ކޯރެއް/ކަންޒެއްގެ މަތީގައި ބާއްވާ ޖާލިގަނޑެއް.
cattyކެޓީ. ނއ. ޙަސަދަވެރިކަމާ އެކު އަނެކާއަށް ގެއްލުމެއް ދިނުން، ޖެއްސުން ކުރުން، ރުޅިއެރުވުން ފަދަ ޝުޢޫރެއް ވާ. މިގޮތަށް ވާހަކަ ދައްކާ. ނއ. cattily . ނ. cattiness.
catwalkކެޓްވޯކް. ނ. އުފުލިފައިވާ ހިނގާ ހަނި މަގެއް (އިސްޓޭޖެއްގައި ނުވަތަ ޢިމާރާތެއްގައި).
caucusކޯކަސް. ނ. 1. ސިޔާސަތުތަކާއި ނިންމުންތައް އެކަށައެޅުމާއި އެކި ކަންކަމަށް މީހުން ހޮވުމަށް އޮންނަ ސިޔާސީ ޕާޓީއެއްގެ ކޮމިޓީއެއް. 2. ސިޔާސީ ޕާޓީއެއްގެ ލީޑަރުން، ސިޔާސަތު ކަޑައެޅުމަށް ބާއްވާ (ސިއްރު) ބައްދަލުވުމެއް. 3. ސިޔާސީ ޕާޓީއެއްގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ސިޔާސަތު ކަޑައެޅުމަށް ބާއްވާ ޖަލްސާއެއް. މި މެންބަރުން.
caudalކޯޑަލް. ނއ. ނިގުލުގެ ނުވަތަ ނިގުލާ ކައިރި. މ. މަހެއްގެ ބައެއް.
caughtކޯޓް. ބަލާ catch.
caulކޯލް. ނ. 1. ރަހިމުގައި އޮންނަ އިރު ކުއްޖާ ވަށައިގެން ވާ ދުލި. 2. ވިހާއިރު ކުއްޖާ ގެ ބޮލުގައި އޮންނަ މި ދުލިން ބައެއް.
cauldronކޯލްޑްރަން. ނ. އެއްޗެތި ފެނު ކެއްކުމަށް ބޭނުންކުރާ ބޮޑު ލޯގަަނޑެއް، ތެއްޔެއް ފަދަ އެއްޗެއް.
cauliflowerކޯލިފްލާވަރ. ނ. ހުދު ބޮޑު މައުގަނޑެއް އަންނަ ބޮޑިކޮޕީ ވައްތަރުގެ ގަހެއް. ތަރުކާރީއެއްގެ ގޮތުގައި ބޭނުން ކުރާ މިގަހުގެ މައުގަނޑު. ކޯޅިމައުކޮޕީ. މަލުގޯވަ. ގޯބީ.
caulkކޯލްކް. ކ. ފައްތަރަށް އެއްޗެއް ވައްދައިގެން ފެން ނުވަންނަގޮތް ހެދުން. މަދަންއެޅުން. ނ. caulking މަދަން. އޮޑިދޯނި ފަހަރުގެ މަޑޫތަކުގެ ހިއްމިތަކުން ފެން ނުވަންނަ ގޮތަށް ފައްތަރަށް ވައްދާ ތަކެތި.
causalކޯސަލް. ނއ. ސަބަބަކަށް ވާ، ސަބަބެއްގެ، ނުވަތަ އަސަރެއް ކުރުމަށްވާ މެދުވެރިވާ ކަމާ ބެހޭ.
causalityކޯޒަލިޓީ. ނ. ކަމެއްވާ ސަބަބާ ނުކުންނަ އަސަރާ/ނަތީޖާ އާ ހުންނަ ގުޅުން ނުވަތަ ތިމާގެކަން.
causativeކޯޒޭޓިވް. ނއ. 1. ކަމެއް ވުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި ހިމެނޭ. 2. ސަބަބެއް ހާމަވާ.
causeކޯސް. ނ. 1. ނަތީޖާއެއް ނުވަތަ އަސަރެއް ގެނުވާ ކަންތައް ނުވަތަ މީހާ. 2. ސަބަބު. ކާރަން. ހީތުވަ. 3. މަސައްކަތް ކުރާ މަޤްޞަދު ނުވަތަ އަމާޒު. ހައެރާތަށް ކުރާ ކަމެއް. 4. ދަޢުވާއެއް. ގަޒިއްޔާއެއް. –ކ. ކަމެއް މެދުވެރިކުރާ ސަބަބަށްވުން. ކަމެއްވާގޮތް ހެދުން. cause celebre (ކޯޒް ސޭލެބްްރް) ޢާއްމުން ޝައުޤު ވެރިވާ ޝަރީޢަތެއް ނުވަތަ މައްސަލައެއް.
causewayކޯސްވޭ. ކޯޒްވޭ. ނ. ތިރި ނުވަތަ ފެން/ލޮނު އޮތް ބިމެއްގެ މަތީގައި ހަދައިފައިވާ އުސް މަގެއް.
causticކޯސްޓިކް. ނއ. 1. ކެމިކަލްގެ ގޮތުން ޖެހުމުން އަނދާ ނުވަތަ ގިރޭ. 2. މަލާމާތާއި ފުރައްސާވެރި. ނ. މިފަދަ އެއްޗެއް. މ. އަލިފާން އާވި، ލުބޯހުތް. ނއ. caustically. ނ. causticity .
cauterizeކޯޓަރައިޒް. ކ. ލޭ މަނާކުރުމަށް ނުވަތަ އިންފެކްޝަނެއް ހުއްޓުވުމަށް ޓިޝޫގެ މަތި ހޫނު އެއްޗަކުން ނުވަތަ ކެމިކަލަކުން އަންދާލުން. ނ. cauterization.
cautionކޯޝަން. ނ. 1. ކުއްލިއަކަށް ޢަމަލުކުރުން ހުއްޓާލައި، ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް ދޭ އިސްކަން. 2. ނުރައްކަލެއް ފަދަ ކަންކަމަށް ދޭ އިންޒާރު. 3. އިންޒާރު. 4. ނުރަސްމީ ބަހުރުވައިގައި ހެއްވާ، މަޖާ މީހެއް. –ކ. 1. އިންޒާރުކުރުން. 2. އެއްޗެތިގޮވުން.
cautionaryކޯޝަނަރަނީ. ނއ. އިންޒާރެއް އަންގައިދޭ، ނުވަތަ ދައްކައިދޭ.
cautiousކޯޝަސް. ނއ. ކޯޝަން ހާމަކުރާ. ނުރައްކަލަކަށް ފަރުވާތެރި. ކއ. cautiously.
cavalcadeކެވެލްކޭޑް. ނ. ކާރު ނުވަތަ އަސް ނުވަތަ އެހެން ވެސް އެފަދަ އެއްޗެއް ދުއްވާ ބައެއްގެ ޕްރޮސެޝަން އެއް. މައުކިބު.
cavalierކެވޭލިއަރ. ނ. 1. އިނގިރޭސި ވިލާތުގެ އަހުލީ ހަނގުރާމައިގައި ޗާލްސް 1 އަށް ތާއީދު ކުރާ. 2. އަންހެނަކާ އެކު ހިނގާފައި ނުވަތަ ދަތުރުކޮށްފައި ދާ މީހާ. –ނއ. ބޮޑާ. ވިސްނުމަކާ ނުލާ ކަންކަމާ މެދު ބޮޑާބަސް ބުނާ.
cavalryކެވެލްރީ. ނ. އަހުގައި ތިބެގެން ހަނގުރާމަ ކުރާ ސިފައިން. ސިފައިންގެ އަސްވާރުން.
caveކޭވް.ކެއިވް. ނ. ފަރުބަދައެއްގެ ނުވަތަ ގުންޑޮޅިއެއްގެ ނުވަތަ ބިމުގެ އަޑީގައި ޤުދުރަތީ ގޮތުން އުފެދިފައިވާ ހުސްތަނެއް. ހޮހޮޅަ. ކަހަފު. –ކ. cave in 1. އެތެރެއަށް ފޭބުން ނުވަތަ ވެއްޓުން. 2. މިގޮތް ވާގޮތް ހެދުން. 3. އިދިކޮޅުކަން ހުއްޓާލުން.
caveatކެވިއެޓް. ކެވިއާޓް. ނ. 1. އިންޒާރު. 2. ކަމެއް ކުރާއިރު ނުވަތަ އެއްޗެއް ކިޔާއިރު ސަމާލުކަން ދޭން ޖެހޭ ކަމެއްގެ ގޮތުގައި އަންގާ އެންގުމެއް.
cavemanކޭވްމޭން. ނ. 1. އަންޒަމާނުގައި ހޮހޮޅައިގައި ދިރިއުޅުނު މީހެއް. 2. ތަހުޒީބެއް ގޮތެއް ފޮތެއް ނެތް މީހުން، ޚާއްޞަކޮށް އަންހެނުންނާ މުޢާމަލާތް ކުރާއިރު.
cavernކެވަރން. ނ. ބޮޑު ހޮހޮޅައެއް. ނއ. cavernous.
caviareކެވިއަރ. ނ. ބާވަތެއްގެ މަހެއްގެ ލޮނު ނުވަތަ އަސާރައެޅި ބިސް. ހާވިޔާރު.
cavilކެވިލް. ކ. ކުދިކުދި ކަންކަމުގައި މައްސަލަ ޖެއްސުން. –ނ. ޖައްސާ ކުދި މައްސަލަ.
cavingކޭވިން. ނ. ކުޅިވަރެއްގެ ގޮތުގައި ހޮހޮޅަތައް ބަލައި ހެދުން.
cavityކެވިޓީ. ނ. ގަނޑު އެއްޗެއްގައިވާ ހުސްތަނެއް. cavity wal ދެމެދުގައި ހުސްތަނެއް ލައިގެން ހަދާ ފާރެއް ނުވަތަ ބިތެއް.
cavortކެވޯޓް. ނ. މާ މަޖާވެގެން ފުމި ނަށާހެދުން.
cawކޯ. ނ. ކާޅެއްގެ ގޮވުމުގެ އަޑު. –ކ. މިގޮތަށް ގޮވުން.
cayenne pepperކޭޔެން ޕެޕަރ. ނ. ރަތްކުލައިގައި ހުންނަ މުގުރި ކުޅިގަދަ މިރުސް.
CBސީބީ. ނ. citizen’s band ކުރުކޮށް. މި ލަފުޒު ބަލާ.
ccސީސީ. ނ. ކުރުކޮށް ކާރބަންކޮޕީ. ކުރުކޮށް ކޮޑި ސެންޓިމީޓަރ.
ceanothusސީނޯތަސް. ނ. ފިޔާތޮށި ނުވަތަ ނޫކުލައިގަ ބޮނޑި މައުގަނޑެއް އަންނަ ތިރީގައި ހެދޭ ގަހެއް.
ceaseސީޒް. ކ. ކަމެއް ނިންމާލުން ނުވަތަ ނިމުމަކަށް އައުން. –ނ. ceasing. cease-fire ބަޑިޖެހުން ހުއްޓާލުމަށް އަންގާ އެންގުމެއް. އަމާންކަން ދިނުން. Without cease ހުއްޓުމެއް ނެތި.
ceaselessސީޒްލަސް. ނއ. ހުއްޓުމެއްނެތި ކުރިއަށް ދާ. ނިމުމެއް ނެތް. ކއ. ceaselessly.
cedarސީޑަރ. ނ. 1. ފިނިމޫސުމުގައި ފަތް ނުފައިބާ މީރުވަހެއް ދުވާ ހަރު ލަކުޑިއެއް. 2. މި ލަކުޑީގެ ގަސް. ނ. cedarwood.
cedeސީޑް. އެއްޗަކަށް ނުވަތަ ކަމަކަށް އޮތް މީހެއްގެ އަމިއްލަ ކަމުގެ ޙައްޤު ދޫކޮށްލުން. މ. ބަލިވުމުން އެމީހުންގެ ބައެއް ސަރަޙައްދުތައް ސީޑް ކުރަން ޖެހުނެވެ.
cedillaސިޑިއްލާ. ނ. ބައެއް ބަސްބަސް ލިޔާއިރު ލެޓިން އަކުރުގެ c ގެ ތިރީގައި، ސީނުގެ އަޑުންކަން ކިޔަން އަންގަން ޖަހާ ނިޝާނެއް. މި. Façade.
ceilidhކޭލި. ނ. ސްކޮޓްލަންޑް އާއި އަޔަރލަންޑްގައި ރާބުޔުމަށާއި ނެށުމަށް ބާއްވާ ނުރަސްމީ ހަވީރީ އެއްވުމެއް.
ceilingސީލިން. ނ. 1. ކޮޓަރިއެއްގެ މަތީ ފަރާތުގެ ސަޠަޙަ. ސަޤްފަ. ސިވިލިިމަ. ޗާދު. ޖަޕާނުބަހުން ޓެންޖޯ. 2. މަތިންދާ ބޯޓެއް ސަލާމަތްކަމާއެކު ދަތުރުކުރެވޭ އެންމެ އުސްމިން. 3. އެންމެ މަތީ އިން ނުވަތަ ވަރު.
celandineސެލަންޑައިން. ވަލުގައި ހެދޭ ރީނދޫ މައު އަޅާ ކުޑަގަހެއް.
celebrateސެލެބްރޭޓް. ކ. 1. ޚާއްޞަ ދުވަހެއްކަން އަންގަން ނުވަތަ ފާހަގަކުރަން ކޮންމެވެސް ކަމެއް ކުރުން. އެކި ބާވަތުގެ ކަންކަން ކޮށްގެން މީހަކަށް ނުވަތަ ކަމަކަށް ޤަދަރުދިނުން. އިޙްތިފާލުކުރުން. ރަނގަޅުގޮތަކަށް ފާހަގަކުރުން 2. (ދީނީ އިޙްތިފާލެއް) ޝަރަފުވެރިކުރުން. ނ. celebration.
celebratedސެލެބްރޭޓަޑް. ނއ. މަޝްހޫރު.
celebrityސިލެބްރިޓީ. ނ. 1. ގިނަ ބަޔަކު ދަންނަ މަޝްހޫރު މީހެއް. 2. މަޝްހޫރުކަން، މަޝްހޫރުވުން.
celeriacސިލެރިއަކް. ނ. ސެލެރީގެ ވައްތަރެއް. މިއީ ގޮނޑިއެއްގެ ގޮތަށް މައިމޫ ފައިބާ ތަރުކާރީއެކެވެ.
celerityސިލެރިޓީ. ނ. ޙަރަކާތްތަކުގެ އަވަސްކަން. މ. މަޝްހޫރު މީހުންގެ ވާހަކަ ސިލެރިޓީ އާއެކު ދަތުުރުކުރެއެވެ.
celeryސެލެރީ. ނ. ތަރުކާރީއެއްގެ ގޮތުގައި ގަސްކަނދުގައި ފެންހުންނަ ތިރިކޮށް ހެދޭ ގަހެއް. ކަރުފުސް. ސެލްދިިރި.
celestialސެލެސްޓިއަލް. ނއ. 1. އުޑުގެ. އުޑުގައިވާ. ސަމާވީ. އާސްމާނީ. 2. ކަލާނގެއާ ބެހޭ. ސުވަރުގެއާ ބެހޭ.
celibateސެލިބޭޓް. ނއ. ދީނީ ސަބަބުތަކާ ހެދި، މީހަކާ ނުއިންނަ. ނ. celibacy ސެލިބަސީ.
cellސެލް. ނ. 1. ކުޑަކޮޓަރިއެއް (މ. ޖަލުގައި މީހުން ބަންދުކުރާ ނުވަތަ ދައިރެއްގައި ފާދިރީން އުޅޭ). 2. މާމުއި ނުވަތަ ކުޅަދުރު ހަތައެއްގައި އެ ކުޅަދުރު އުޅޭ ޖަގަހަ. 3. ކަރަންޓު އުފެއްދުމަށް ގިނައިން ވަށްކޮށް ކުރުކޮށް ހުންނަ ފޯއްޔެއް. ބެޓެރީ. 4. ދިރުން ހުންނަ ނިޔުކުލިއަސް އެއް ހިމެނޭ އެންމެ އެތިކޮޅު. ޚަލިއްޔަތު. މ. ދުލުގެ ސެލްތައް ހަމުގެ ސެލްތަކާ ތަފާތެވެ. 5. ސިޔާސީ ޙަރަކާތްތައް ހިންގާ ކުޑަ ޖަމާޢަތެއް.
cellarސެލަރ. ނ. 1. ބިމުގެ އަޑީގައި ހުންނަ ގުދަނެއް. 2. ރާ ބަހައްޓާ ތަނެއް ނުވަތަ ރާ ގުދަނެއް.
cellaretސެލެރެޓް. ނ. ރާ ބަހައްޓާ މަތާރަންފިލައެއް ނުވަތަ ކަބަޑެއް.
cellistޗެލިސްޓް. ނ. ސެލޯ ކުޅޭ މީހާ.
celloޗެލޯ. ނ. އިށީދެގެން އިނދެ ކުޅޭ ވަރަށް ބޮޑު ބޭލާއެއް.
cellophaneސެލޮފޭން. ނ. ތަކެތީގެ ބޭރުން ލުމަށް ބޭނުން ކުރާ ފެން ނުވަންނަ ޕްލާސްޓިކެއް. ސިނގިރެޓް ފޮށީގެ ބޭރުގައި ހުންނަނީ ސެލޯފޭން އެވެ. ނަމަވެސް، ބަނޑޭރިގަނޑުގައި ލާން ބޭނުންކުރަނީ ސެލޯފޭން އާ ތަފާތު ޕްލާސްޓިކެކެވެ. ސެލޯފޭން އަކީ ޤުދުރަތީގޮތުން ފަސޭހައިން ނެތިދާ އެއްޗެކެވެ.
cellularސެލިޔުލަރ. ނއ. ސެލްގެ. ސެލް އިން އުފެދިފައިވާ. ސެލް އާ ބެހޭ.
celluloidސެލްޔޫލޮއިޑް. ނ. ކާފޫރާއި ސެލިޔޫލޯޒް ނައިޓްރޭޓް އާ އެއްކޮށްގެންހަދާ ޕްލާސްޓިކެއް. ކުރީގެ ފީތާ ފިލްމުތައް ހުންނަނީ މި ޕްލާސްޓިކުގައެވެ.
celluloseސެލްޔޫލޯޒް. 1. ޕްލާސްޓިކް ހަދަން ބޭނުންކުރާ، ގަސްގަހުގެ ސެލްތަކުގެ ހިމެނޭ މާއްދާއެއް. 2. މިއިން ހަދައިފައިވާ ފާލިސް ނުވަތަ ދަވާދު.
celsiusސެލްސިއަސް. ނއ. ހޫނުމިން ވަޒަންކުރަން ގެންގުޅޭ ޖިންސެއް. މިއީ މި މިންގަނޑު އުފެއްދި މީހާގެ ނަމެވެ.
Celtކެލްޓް. ނ. އިނގިރޭސި ވިލާތަށް ރޫމީން އައުމުގެ ކުރިން ޔޫރަޕުން އައިސް އިނގިރޭސި ވިލާތުގައި ވަޒަންވެރިވި ބައެއް. މިބައިމީހުންގެ ދަރިފަސްކޮޅު. މި މީހުން އުޅެނީ އަޔަރލަންޑް، ސޮކްޓްލަންޑް. ވޭލްސް ފަދަ ހިސާބުތަކުގައެވެ.
Celticކެލްޓިކް. ނއ. ކެލްޓް އަށް ނިސްބަތްވާ. Celtic Sea ދެކުނު އަޔަރލޭންޑް އާއި އިނގިރޭސި ވިލާތުގެ ކޯންވޯލް އާ ދެމެދުގައިވާ ކަނޑު.
cementސިމެންޓް. ނ. 1. ޢިމާރާތް ކުރުމަށް ބޭނުންކުރާ ހިރިގަލާއި ބާވަތެއްގެ ކިސަޑު އެއްކޮށް އަންދައި މުގުރައިގެން ފެނާ އެކުވުމުން ހަރުވާ ކުނޑިއެއް. 2. މިފަދައިން ހަރުވާ މަޑު އެއްޗެއް. –ކ. ސިމެންތި މަތީގައި ޖެހުން، އުނގުޅުން ނުވަތަ ސިމެންތިން ގުޅުވުން. 2. ދެ އެއްޗެއް ބަދަހިކޮށް ގުޅުވުން.
cemeteryސެމެޓެރީ. ނ. މީހުން ވަޅުލާ ބިމެއް. ޤަބުރުސްތާނު. މަޤްބަރާ.
cenotaphސެނޮޓާފް. ނ. މީހެއްގެ ހަނދާނަށް ޤަދަރުދޭން އެމީހާ ވަޅުލާފައިވާ ތަން ފިޔަވައި އެހެން ތަނެއްގައި ހަދައިފައި ހުންނަ މަޤްބަރާއެއް.
censerސެންސަރ. ނ. ދީނީ އިޙްތިފާލުތަކުގައި ދުންބުރުވަން ގެންގުޅޭ ކަންވާރެއް. މި ހުންނަނީ ހިމަ ސިލްސިލާ ވައުތަކެއްގެ އެލުވާފައެވެ. މުޖުމަރާ.
censorސެންސަރ. ނ. ނުރައްކާތެރިކަމަށް ފެންނަ ފިލްމާއި ފޮތާއި ސިޓީ ފަދަ ތަކެތި ވަކިކުރަން ނުވަތަ މަނާކުރަން ހުއްދަ ދެވިފައިވާ މީހެއް. –ކ. ސެންސަރު ކުރުމަށް ނުވަތަ މަނާ ކުރުމަށް އެއްޗެއް ހުށަހެޅުން. ނ. censorship.
censoriousސެންސޯރިއަސް. ނއ. ވަރަ
censureސެންޝަރ. ނ. ގަދަޔަށް ކުށްވެރިކުރުމާއި ކުށްދެއްކުން. –ކ. ކުށް ދެއްކުން. އެއްޗެހިގޮވުން. ބެވުން. މޮށެގަތުން.
censusސެންސަސް. ނ. މީހުން ނުވަތަ އެހެން ވެސް އެއްޗެއް ރަސްމީ ގޮތުން ވިޔަކުރުން ނުވަތަ ގުނުން.
centސެންޓް. ނ. 1. ބައެއް ބާވަތުގެ ފައިސާގެ ސަތޭކަ ބައިކުޅަ އެއްބައި. މި މިންވަރުގެ ލާރި ފޮއްޗެއް. 2. ފައިސާގެ ކުޑަ މިންވަރެއް. މ. އަހަރެންގެ އަތުގައި އެންމެ ސެންޓް އެއްވެސް ނެތް.
centaurސެންޓޮރ. ނ. ޔޫނާނީ ފުލޯކު ވާހަކައިގައި އުޅޭ ތިރީބައި އަހެެއްހެން، ބޮލާއި މެޔާއި ފައި އިންސާނެއްގެ ސިފައިގައި ހުންނަ ވަލު ބައެއް/ޖަނަވާރެއް.
centenarianސެންޓިނޭރިއަން. ނ. ޢުމުރުން 100 އަހަރު ވެފައިވާ މީހެއް.
centenaryސެންޓީނަރީ. ނ. 100 ވަނަ އަހަރީ މުނާސަބާ.
centennialސެންޓެނިއަލް. ނ. ސަތޭކަ އަހަރު. ޤަރުނު. ސަތޭކަ އަހަރުވުމުގެ މުނާސަބާ.
centerސެންޓަރ. ނ. އެެމެރިކާގައި centre ލިޔާގޮތް.
centi-ސެންޓި-. އަކުރުތަކުގެ ކުރިއަށް އެއްކުރާ ލަފުޒެއް. މި ލަފުޒުން ދައްކައިދެނީ އެއްކުރި އެއްޗެއްގެ 100 ބައިކުޅަ އެއްބައިކަން. މ. ސެންޓިމީޓަރ. (މީޓަރެއްގެ 100 ބައިކުޅަ އެއްބައި).
centigradeސެންޓިގްރޭޑް. ނއ. ފިނިހޫނުމިން ބަލާ، 100 ބަޔަށް ބައިކޮށްފައިވާ މިންގަނޑެއް. މި މިންގަނޑުގައި ފެން ގަނޑުވަނީ 0 ގައި އަދި ކެކެނީ 100 ގައި.
centilitreސެންޓިލީޓަރ. ނ. ލީޓަރެއްގެ ސަތޭކަބައިކުޅަ އެއްބައި.
centimetreސެންޓިމީޓަރ. ނ. މީޓަރެއްގެ ސަތޭކަބައިކުޅަ އެއްބައި.
centipedeސެންޓިޕީޑް. ނ. ބަދަބަދަ ލީ، ކޮންމެ ބަދައެއްގައި ފައެއް ހިމެނޭ ކުރު ފަންޏެއް. ބިޗޫ.
centralސެންޓްރަލް. ނއ. 1. މެދުގައި ނުވަތަ މެދު ކައިރީގައި ނުވަތަ މެދާ ބެހޭ. 2. އެންމެ މުހިއްމު. central ސޮކްޓްލަންޑްގެ ސަރަޙައްދެއް. ނއ. centrally. ނ. centrality. Central Africal Republic އެފްރިކާގެ މެދުގައިވާ ޤައުމެއް. central heating ޢިމާރާތެއް ހޫނު ފެން، އާވި ނުވަތަ ވައި ހޮޅިތަކަކުން ފޮނުވައިގެން އެކިތަންތަން ހޫނުކުރުން. Central Intelligence Agency ޔޫ.އެސްގެ މައި ޖާސޫސީ އިދާރާ. central processor ކޮމްޕިއުޓަރުގެ އެކި ބައިތައް ކޮންޓްރޯލްކޮށް ޕްރޮގްރާމެއްގައި ހިމެނޭ ކަންތައްތައް ކުރާ ބައި.
centralizeސެންޓްރަލައިޒް. ކ. މައި އިދާރާއެއްގެ ކޮންޓްރޯލް ދަށަށް ގެނައުން. ނ. centralization.
centreސެންޓަރ. ނ. 1. އެއްޗެއްގެ މެދު ނުވަތަ މެދުބައި. 2. ޝައުޤުވެރިކަން ނުވަތަ ސަމާލުކަން ދަމައިގަންނަ ޕޮއިންޓް. އިދާރީގޮތުން ކަންތައްތައް ހިންގާތަން ނުވަތަ ބައި. 3. ބައެއް ހަރަކާތްތައް ނުވަތަ ވަސީލަތްތައް އެއްތަނަކަށް އެއްކުރެވިފައިވާ ތަން. މ. ވިޔަފާރި ސެންޓަރެއް. 4. ދެ ކޮޅަށް ނުޖެހި މެދު ޚިޔާލާތު ގެންގުޅޭ ސިޔާސީ ޕާޓީއެއް ނުވަތަ ގުރޫޕެއް. 5. ފުޓުބޯޅައިގައި ސެންޓަރ ފޯވާޑް. –ކ. 1. އެއްޗެއް މެދަށް ޖެއްސުން. 2. ހުރިހާ ކަމެއް އެއްތަނަކަށް ގެނައުން، މަރުކަޒު ކުރުން. 3. ބައެއް ދަނޑުގައި ކުޅޭ ކުޅިވަރުތަކުގައި މެދަށް ބޯޅަ ޖެއްސުން. centre-board ބައެއް ޔޮޓްފަހަރުގެ ފަށަނުން ތިރިކުރާ ފިލާގަނޑެއް. centre-forward ބައެއް ދަނޑުގައި ކުޅޭ ކުޅިވަރުތަކުގައި ޓީމުގެ ކުރީގެ މެދުގައި ހުންނަ މީހާ. centre-half ދަނޑުގައި ކުޅޭ ބައެއް ކުޅިވަރުގައި ފަހަތު ސަފުގެ މެދުގައިވާ މީހާ.
centrifugalސެންޓްރިފިއުގަލް. ނއ. 1. މެދުން ނުވަތަ ނާރެހުން ދުރަށް ދަތުރުކުރާ. 2. ސެންޓްރިފިއުގަލް ބާރު ބޭނުން ކުރާ. centrifugal force އެނބުރޭ އެއްޗެއްގެ ބައެއް، ބޭރަށް ދަތުރު ކުރުމަށް ނުވަތަ ދިއުމަށް ހުންނަ ބާރު.
centrifugeސެންޓްރިފިއުޖް. ނ. ތަކެތި އެނބުރޭއިރު ބޭރަށް ކޮއްޕާ ބާރު ބޭނުންކޮށްގެން ބައެއް ތަކެތި ވަކިކުރާ، މ. ކިރާއި ކްރީމް، މެޝިން.
centripetalސެންޓްރިޕިޓަލް. ނއ. ނާރެސް ނުވަތަ މެދާ ދިމާއަށް ދަތުރުކުރާ.
centuryސެންޗަރީ. ނ. 1. 100 އަހަރުގެ މުއްދަތު. މީލާދީ ސަނަތުން 100 އަހަރުގެ މުއްދަތު 2. ކުރިކެޓްގައި އެއް އިނިންގްސް ގައި ބެޓް ޖަހާ މީހާ 100 ހަމަކުރުން.
ceramicސިރަމިކް. ނ. ތަށިމުށި ނުވަތަ މިއާ އެއްފަދަ އެއްޗެއް. ނ. ތަށިމުށިން ހަދައިފައިވާ އެއްޗެއް. ceramics ތަށިމުށިން ތަކެތި ހެދުމުގެ ފަންނު.
cerealސީރިއަލް. ނ. 1. ދިގު ފަތްތަކެއް ހިމެނޭ ވިނަ ވައްތަރަށް ހެދޭ، ހަނޑޫ، ޒުުވާރި، ދޮނަޅަ، ކުދިބަތް، ފަދަ ގަސް. ޙުބޫބު. ސިންގަޅަބަހުން ދާނަ. 2. މިފަދަ ގަހުގެ އޮށް. 3. ހެނދުނުގެ ކެއުމަށް ބޭނުންކުރާ މިފަދަ އޮށް.
cerebralސެރިބްރަލް. ނއ. 1. ސިކުނޑީގެ. 2. ފިކުރީ. ވިސްނުމާބެހޭ. cerebral palsy ބަލާ spastic.
ceremonialސެރެމޯނިއަލް. ނއ. ރަސްމިއްޔާތެއްގައި ބޭނުންކުރާ. ރަސްމިއްޔާތަކާ ބެހޭ. ރަސްމީ. –ނ. 1. ރަސްމިއްޔާތު. 2. ރަސްމިއްޔާތެއްގެ ހަމަތަކާއި ގަވާއިދުތައް.
ceremoniousސެރެމޯނިއަސް. ނއ. ސެރެމޮނީ (ތިރި ބައްލަވާ) ބޭއްވުމަށް ޝައުޤު ހުންނަ. ސެރެމޮނީ އަކާ ގުޅޭ. ރަސްމީ އުޞޫލްތަކާ ގުޅޭ. ނއ. ceremoniously.
ceremonyސެރެމޮނީ. ނ. 1. އާދަކާދައިގެ ގޮތުން ނުވަތަ ހަމަޖެހިފައި އޮންނަ އުޞޫލަކުން ނުވަތަ ގަ ަ ވާއިދަކުން ކުރާ ރަސްމީ ކަމެއް ނުވަތަ އެފަދަ އެތައް ކަމެއް. މ. ކާވެނީގެ ސެރެމޮނީ. މަރާސިމް. އިޙްތިފާލު. ރަސްމިއްޔާތު. ޖަޕާނު ބަހުން ޝިކި. 2. ރަސްމީ ރީތި އުޅުން. މާތް އަޚްލާޤު. ކިޔާސަތު.
ceriseސެރީސް. ނ. ނއ. މަޑުރަތާ ކަޅުރަތާ ދެމެދުގެ ކުލަ.
certސާރޓް. ނ. (ނުރަސްމީ ބަހުރުވައިން) ޔަޤީންކަމާއެކު ވާނެ ކަމެއް ނުވަތަ ކާމިޔާބު ވާނެ ކަމެއް.
certainސާރޓްން. ނއ. 1. ޔަޤީންކަން އިޙްސާސްވުން. ކަށަވަރު. 2. ޝައްކެތްނެތި އެނގިފައިވާ. 3. ވާނެކަމަށް، އަންނާނެކަމަށް އަސަރުކުރާނެކަމަށް އިތުބާރުކުރެވޭ. 4. ބައެއް އެކަމަކު އެކި ސަބަބުތަކާ ހެދި ތަފްޞީލު ނުކުރާ. 5. ކުޑަ ނަމަވެސް ޔަޤީނުންވާ. މ. އަހަރެންނަށް އޭނާގެ އަޑުގައި ސާރޓްން ހިތްހަމަ ނުޖެހުމެއް ވާކަން ފާހަގަ ކުރެވުނެވެ. 6. އުޅޭ އެކަމަކު ގިނަބަޔަކަށް ނޭނގޭ. މ. ސާރޓަން ރެކިފުތެއް ފެހި ހެނދުމެއް. For certain ޝައްކެތް ނެތި، ޔަޤީންކަމާއެކު. Make certain ޔަޤީންކުރުން.
certainlyސާޓްންލީ. ނއ. 1. ޝައްކެއް، ރީބައެއް ނެތި. 2. އާއެކެވެ.
certaintyސާރޓެއިންޓީ. ނ. 1. ޔަޤީންވެގެން ވުން. 2. ޔަޤީންކަމެއް.
certifiableސާރޓިފަޔަބްލް. ނއ. ސާރޓިފައި ކުރެވޭނެ. ޔަޤީން ކުރެވޭނެ. ނއ. certifiably.
certificateސާރޓިފިކެޓް. ނ. ތެދުތަކެއް ބަޔާންކުރާ ރަސްމީ ލިޔުމެއް.
certifyސާރޓިފައި. ކ. ރަސްމީކޮށް ހާމަކުރުން. ސާރޓިފިކެޓެއްގައި ނުވަތަ އެހެން ވެސް ލިޔުމެއްގައި ބަޔާންކުރުން.
certitudeސާރޓިޓިއުޑް. ނ. ޔަޤީން ކަމުގެ ޝުޢޫރު ނުވަތަ ޙާލަތު. ޔަޤީނުން ވާނެ ކަމެއް.
cervicalސާރވިކަލް. ނ. ކަރާ ބެހޭ ނުވަތަ ކަރުގެ.
cervixސާރވިކްްސް. ނ. 1. ކަރު. 2. ކަރު ފަދަ ތަނެއް. ރަޙިމުގެ ”ކަރު“.
Cesarewitchސިޒާރެވިޗް. ނ. އިނގިރޭސި ވިލާތުގެ ސަފޯކްގައި އޮންނަ އަހަރީ އަސް ރޭހެއް.
cessationސެސޭޝަން. ނ. ހުއްޓުމަކަށް ނުވަތަ ނިމުމަކަށް ގެނައުމުގެ ޙާލަތު ނުވަތަ ޙަރަކާތް. މ. ދެކޮޅުވެރިކަމެއް. ހަނގުރާމައެއް.
cessionސެޝަން. ނ. ސަރަޙައްދެއް ފަދަ އެއްޗެއް ދޫކޮށްލާ ދޫކޮށްލުން.
cesspit, cesspoolސެސްޕިޓް، ސެސްޕޫލް. ނ. ވަގުތީ ގޮތުން ފާޚާނާގެ ފެން ނުވަތަ ހަޑިފެން ރައްކާކުރާ މަތިޖެހި ކަންވާރެއް. ފާޚާނާ ވަޅުގަނޑު.
Ceylonސިލޯން. ނ. ސްރީ ލަންކާއަށް ކުރިން ކިޔާ ނަމެއް.
cf.ސީއެފް. ކުރުކޮށް ލެޓިން ބަހުން ކޮންފަރ ނުވަތަ އަޅާ ކިޔާ.
c.f.ސީ.އެފް. ކުރުކޮށް ކެރީ ފޯވާރޑް.
chablisޝެބްލީ. ނ. ފަރަންސޭސި ވިލާތުގެ ވަކި ސަހަރެއްގައި އުފައްދާ ރަލުގެ ބާވަތެއް.
Chadޗާޑް. ނ. އުތުރު އެފްރިކާގެ ޤައުމެއް. ނއ. Chadian.
chadar, chadorޗަޑާ. ބަލާ chudder.
chafeޗޭފް. ކ. 1. އުނގުޅައިގެން ނުވަތަ ކާއްތައިގެން ހޫނުކުރުން. 2. އުނގުޅުމުގެ ކޭއްތުމުގެ ސަބަބުން ގެއްލުމެއް ލިބުން (މ. ހަންގަނޑު ހަލާކުވުން). 3. ރުޅިއައުން ނުވަތަ ކެތްތެރިކަން ހުސްވުން.
chaffޗާފް. ނ. 1. ގޮވާމުގެ ތޮށި (ފޮޅައިގެން ނުވަތަ ކަނޑައިގެން ވަކިކޮށްފައިވާ). 2. ގެރިބަކައްޓަށް ކާންދޭން ކޮށާފައިވާ ހުއި. 3. ރުޅި ނާންނަގޮތަށް މީހަކާ ކުރާ ސަމާސާ. –ކ. ރުޅި ނާންނަގޮތަށް މަޖަލަކަށް ޖައްސާލުން ނުވަތަ ސަމާސާކުރުން.
chaffinchޗެފިންޗް. ނ. ޔޫރަޕުގައި އާންމުކޮށް އުޅޭ (ފިންޗް) ދޫންޏެއް.
chafing-dishޗޭފިން ޑިޝް. ނ. ތިރީގައި ހޫނުކަމެއް ހުންނަ، ކާތަކެތި ކައްކަން ނުވަތަ މޭޒުމަތީ ހޫނުކޮށް ބަހައްޓަން ގެންގުޅޭ ބާވަތެއް ތަވައެއް ނުވަތަ ތެއްޔެއް.
chagrinޝެގްރިން. ނ. ރުޅިވެރިކަމުގެ ނުވަތަ ލަދުގަތުމުގެ ނުވަތަ މާޔޫސްވުމުގެ ޝުޢޫރެއް ނުވަތަ އިޙްސާސެއް. ނއ. chagrined ޝެގްރިންގެ އަސަރުކޮށްފައިވާ.
chainޗެއިން. ނ. 1. ތަކެތި އައްސަން، އުފުލަން ނުވަތަ ރީއްޗަކަށް މަޢުދަނުން ހަދާފައިވާ ބޮޅުތަކެއް ގުޅުވައިގެން ހަދާ ވަލެއް. ހިލިހިލާ. ސިލްސިލާ. 2. ގުޅިފައިވާ ކަންތައްތަކެއް ނުވަތަ އެއްޗެތިތަކެއް. 3. އެއް ކުންފުންޏެއްގެ ފިހާރަތަކެއް ނުވަތަ ހޮޓާފަދަ ތަންތަން. 4. ބިމުގެ ބޮޑުމިން މިނަށް ގެންގުޅޭ ޖިންސެއް. 66 ފޫޓު. –ކ. ޗޭނަކުން ނުވަތަ ހިލިހިލާއިން އެއްސުން. chain letter ސިޓީ ލިބޭ މީހާގެ ކައިރީގައި އެތައް ކޮޕީއެއް ހަދާ އެހެންބަޔަކަށް ފޮނުވުމަށް ބުނާ ސިޓީ. chain-plate ނައު ފަހަރުގެ ކުނބުގެ ވައުތައް ތައްޓުމަތީ އައްސަން ހަރުކުރާ ދަގަނޑު ބުރެކެޓެއް. chain reaction ކެމިކަލް ރިއެކްޝަނަކުން އުފައްދާ ތަކެތިން އިތުރު ރިއެކްޝަންތައް ފެށިގެންދާ. އެއްކަމަކުން އަނެއްކަމެއް ފެށިގެންދާ ކައްތައްތަކެއްގެ ސިލްސިލާއެއް. chain-saw ދެކޮޅު ގުުޅުވާފައިވާ ޗޭނެއްގައި ދަތްތަކެއް ހަރުކޮށްފައި ހުންނަ ކީހެއް. chain smoke ކ. ސިނގިރެޓް ފަދަ އެއްޗެއް، އެއްޗަކަށް ފަހު އަނެއް އެތި ރޯކުރަމުން ބުޔުމުން ދިއުން. chain-smoker ސިގިރެޓް، ސުއްޓާ ފަދަ ތަކެތި ފުލުފުލުގައި ބޯމީހާ. chain-stitch ތިނޯހުގެ މަސައްކަތުގައި ޗޭނެއްހެން ހީވާގޮތަށް ޖަހާ ރޮނދި ބޮޅުތަކެއް. chain store އެއް ކުންފުންޏަކުން ހިންގާ އެތައް ފިހާރަތަކެއްގެ ތެރެއިން ފިހާރަައެއް.
chairޗެއަރ. ނ. 1. ބުރަކަށި ޖައްސާނޭ ބައެއް ހިމެނޭ އެއްތަނުން އަނެއް ތަނަށް ގެންދެވޭ އިށީންނަ ފަރުނީޗަރެއް. ގޮނޑި. 2. ޖަލްސާއެއްގައި ބާރުވެރި ފަރާތް، ރިއާސަތު. 3. ޖާމިޢާއެއްގެ ޕްރޮފެސަރެއްގެ މަޤާމު. 4. އެމެރިކާގައި މީހުން މަރަން ގެންގުޅޭ ކަރަންޓު ގޮނޑި. – ކ. ޝަރަފުގެ ގޮނޑިއެއްގައި އިށީނުން. 2. މީހުންގެ ކޮނޑުމަތީގައި، ކުޅިވަރެއްގައި މޮޅުވެގެން ދިއުން. 3. ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުން. chair-lift ފަރުބަދައަކަށް އަރަން ނުވަތަ ސިޑިއަކުން އަރަން ހުންނަ ވައުޖަހާފައިވާ ގޮނޑިއެއް ނުވަތަ ގޮނޑިތަކެއް.
chairmanޗެއަރމަން. ނ. 1. ކޮމިޓީއެއް ނުވަތަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ ފަރާތް. 2. ބޯޑް އޮފް ޑިރެކްޓަރުންގެ ވެރިޔާ. ނ. chairmanship. chairwoman.
chaise longueޝޭޒް ލޯންގ. ނ. ޖައްސާލެވޭ ގޮތަށް ހުންނަ ދިގު ސޯފާ. މި ސޯފާގެ އެއް އަތްގަނޑު ހުންނަ ބުރަކަށި ޖެއްސޭ ވަރަށް އުފުއްލާފައެވެ.
chaletޝެލޭ. ނ. 1. ސްވިޓްޒަރލަންޑްގެ ލަކުޑި ކުޑަ ޖިފުޓިއެއް ނުވަތަ ގެއެއް. 2. ވަކިން ހުންނަ ލަކުޑި ގެ. 3. ޗުއްޓީއަށް ގޮސް ތިބެން ހަދާފައި ހުންނަ ކުދި ޖިފުޓި.
chaliceޗެލިސް. ނ. 1. ބޮޑު ޖޯޑެއް. 2. ނަޞާރާދީނުގެ އަޅުކަމެއްގައި ބޭނުންކުރާ ރާބޯ ޖޯޑެއް.
chalkޗޯކް. ނ. 1. އުވަ ހަދަން އަންދާ މަޑު ގަލެއް. 2. ކުރެހުމަށް ބޭނުން ކުރާ މިއިން ނުވަތަ މިފަދަ އެއްޗަކުން ހަދައިފައިވާ އެއްޗެއް. ޗޯކު. –ކ. ޗޯކުން ލިޔުން ނުވަތަ ކުރެހުން ނުވަތަ ފާހަގައެއް ޖެހުން. ނއ. chalky. By a long chalk ތަފާތު ބޮޑުކޮށް. chalk-stripes ޗޯކުން ރަޮނގު ދަމާފައި ހުންނަހެން ހުދުކުލައިން ގަޅިޖަހާފައި. ނއ. chalk-striped. ނއ. މި ސިފަ ހުންނަ. chalk up ކާމިޔާބު ކުރާނެ އަމާޒެއް ނޯޓުކުރުން.
challengeޗެލެންޖް. ނ. 1. މީހެއްގެ ބާރު ނުވަތަ ހުނަރު ދައްކާލުމަށް ގޮވާލާ ގޮވާލުން. ގޮންޖެހުން. 2. ޖަވާބު ދިނުމަށް ގޮވާލާ ގޮވާލުން ނުވަތަ އަންގާ އެންގުން. 3. ރަސްމީގޮތުން ކަމަކާ ކުރާ އިންކާރު. މ. ޖޫރީ އަކަށް. 4. އުނދަގޫ މަސައްކަތް ބޮޑު ކަމެއް. –ކ. 1. (ގޮންޖެހުމަކަށް) ގޮމަކަށް ގޮވުން. 2. ކަމަކާ ދޭތެރޭ ރަސްމީކޮށް އިންކާރު ކުރުން. 3. ކަމެއްގެ ތެދުކަމާ މެދު ނުވަތަ ރަނގަޅުކަމާ މެދު ސުވާލު އުފެއްދުން. –ނ. challenger.
challengingޗެލެންޖިންގ. ނއ. މީހެއްގެ ޤާބިލްކަން ނުވަތަ ކުޅަދާނަކަން ޓެސްޓްކުރެވޭ މައްސަލަތައް ދިމާވާ.
challisޗެލިސް. ނ. ހެނދުން ކަނޑާ މަޑު ލުއި ފޮއްޗެއް.
chamberޗެމްބަރ. ނ. 1. ކޮޓަރިއެއް، ނިދާކޮޓަރިއެއް. 2. ޖަލްސާކުރާ (މ. ރައްޔިތުންގެ މަޖިލިހުގެ) ހޯލެއް ނުވަތަ ކޮޓަރިއެއް. މިތަނުގައި ޖަލްސާ ކުރާ މީހުންގެ ޖަމާޢަތް. 3. ޤަޟާޙާޖާ ކުރަން ގެންގުޅޭ ތެއްޔެއް. 4. މެޝިނެއްގެ ތެރޭގައި ނުވަތަ މީހެއްގެ ގައިގައި ނުވަތަ ޖަނަވާރެއްގެ ގައިގައި ނުވަތަ ގަހެއްގައިވާ ހުސްތަނެއް. chamber-maid ހޮޓަލެއްގެ ކޮޓަރިތައް ސާފުކޮށް ބަލަހައްޓާން ވަޒީފާދީފައިވާ އަންހެނެއް. chamber music ކުޑަތަނެއްގައި ކުޅެން މަދުމީހުން ބޭނުންވާ މިޔުޒިކް. chamber of commerce ވިޔަފާރީގެ މަޞްލަޙަތު ކުރިއަރުވަން ހިންގާ ސަހަރެއްގެ ވިޔަފާރިވެރިންގެ ޖަމްޢިއްޔާއެއް. chamber of horrors ކާނިވަލެއްގެ ”ބިރުވެރި ހޮހޮޅަ“. ބިރު ގަންނަ ޒާތުގެ ތަކެތި ލާފައިވާ ކޮޓަރިއެއް. chamber-pot ކޮޓަރީގައި ޤަޟާޙާޖާ ކުރަން ބޭނުންކުރާ ތެއްޔެއް. chambers ކޮޓަރިތަކެއް. ޝަރީޢަތާ ހަމައަށް ނުގެންގޮސް ކަންތައްތައް ނިންމާލަން އަޑުއަހާ ގާޒީންގެ ކޮޓަރި.
chamberlainޗޭމްބަރލިން. ނ. ރަސްކަލެއްގެ ނުވަތަ ބޮޑު މީހެއްގެ ގޭތެރޭގެ ކަންތައްތައް ހަމަޖައްސާ މީހާ.
chameleonކެމީލިއޮން ނ. ވެށީގެ ބާވަތުން ކުލަ ބަދަލުކުރާ ބޮނޑެއް. ކުލަބަދަލުކުރާ ބޮނޑު، ހަރުބާ.
chamferޗެމްފަރ. ކ. ކަންޖެހުން. އެއްޗެއްގައި ދާރަ ޖެހުން.
chamoisޝެމްވާ. ނ. 1. އޭސިއާ އާއި ޔޫރަޕުގައި އުޅޭ ކުޑަ ދަޅުފީނި ފުއްލާއެއް. 2. (ޝެމި-މިގޮތަށް ކިޔާނަމަ) ބަކަރި ނުވަތަ ކަންބަޅީގެ ނުވަތަ ފުއްލާގެ ހަމުން ހަދާފައިވާ ދިބާޣުކުޅަ ހަން (ސާފުކުރުމަށާއި އޮފުއެރުވުމަށް ބޭނުން ކުރާ. chamois leather.
chamomileކެމޮމައިލް. ނ. ބަލާ camomile.
champޗޭމްޕް. ކ. . . 1އަޑުއިވޭ ވަރަށް ހެފުން. ހަފާއިރު ކިޔާ އަޑުއިއްވުން ނުވަތަ އެ ވައްތަރު ޖެއްސުން. 2. ކެތްތެރިކަން ނެތްކަން ދެއްކުން.
champޗޭމްޕް. ނުރަސްމީ ބަހުރުވައިގައި ޗެމްޕިއަން.
champagneޝެމްޕޭން. ޗެމްޕޭން. ނ. 1. މަޑު ރީނދޫ ކުރަލެއްގައި ހުންނަ ފަރަންސޭސި ވިލާތުގެ ޝެމްޕޭން ސަރަޙައްދުގައި އުފައްދާ ރަލެއް. މިބާވަތުގެ ރާ. 2. މަޑު ރީނދޫ ކުލައެއް. ހަނޑޫ ފަދަ ތަކެތީގެ ގަސް އަވީގައި ހިކުނީމާ ހުންނަ ކުލަ.
championޗެމްޕިއަން. ނ. 1. މުބާރާތެއްގައި އެހެން ހުރިހާ މީހުން ނުވަތަ އެއްޗެތި ބަލިކުރި ފަރާތް. ބަތަލު. ފަހުލަވާނު. 2. ކަމެއް/މީހެއް ދިފާޢުކޮށް ކުރިއަރުވަން ތަޅާފޮޅާ ނުވަތަ ބަހުސްކޮށް ނުވަތަ ވާހަކަ ދައްކާ ފަރާތް. –ނއ. ވަރަށް މޮޅަށް. –ކ. އިހު ބުނެވުނު ގޮތަށް ކަމެއް/ތަނެއް/މީހެއް ގެ ދިފާޢުގައި ވާހަކަ ދައްކާ ފަރާތް. ނ. championship.
chanceޗާންސް. ނ. 1. އެއްވެސް މީހެއް ނުވަތަ ފަރާތެއް ނުވަތަ ބާރުލުމެއް ނެތި ކަންތައްތައް ވާގޮތް. ތަޤްދީރު، އިއްތިފާޤު. 2. ވެދާނެކަން. ވުންގާތްކަން. 3. ފުރުޞަތު، ކާމިޔާބު ވުން ގާތް ޙާލަތެއް. –ކ. 1. ކަމެއް މީހެއްގެ ބާރާއި، ރޭވުމާއި ނުލައި ވުން. 2. ނުރަސްމީ ބަހުރުވައިން ނާކާމިޔާބު ވިއަސް ކުރަން އުޅުން. –ނއ. އިންތިފާޤީ. ޗާންސަކުން ކަމެއް ކުރިމަތިވާ. by chance ރޭވުމެއް ނެތި. chance on ރޭވުމެއް ނެތި އިންތިފާޤުން ކުރިމަތިވުން. chance one’s arm ނާކާމިޔާބު ވާނެކަމަށް ހީވިއަސް ޗާންސަކަށް ކުރިމަތިލުން. Take a chance ގެއްލުމެއް ލިބިދާނެ ކަމަކަށް ކުރިމަތިލުން. ވަކި ކަމެއް ވާނެކަމަށް ނުވަތަ ނުވާނެކަމަށް ބަލައި އުއްމީދެއް އޮވެގެން ކަމެއް ކުރުން. Take chances ނުރައްކަލެއް ލިބިދާނެ/ކުރިމަތި ވެދާނެ ގޮތަކަށް އުޅުން. Take one’s chance ހެޔޮ ނަޞީބަށް އިތުބާރު ކުރުން.
chancelޗާންސެލް. ނ. ލަވަކިޔުންތެރިންނާއި ބޮޑުން ތިބޭ ފައްޅިއެއްގެ މިހުރާބު ނުވަތަ ވެދީ އާ ކައިރި ހިސާބު.
chancelleryޗާންސެލަ ރ ި. ނ. 1. ޗާންސެލަރ އެއްގެ ރަސްމީ ގެ، މަޤާމު، ނުވަތަ އޮފީސް. 2. ސަފީރެއްގެ އޮފީހާ ގުޅިފައިވާ އޮފީހެއް.
chancellorޗާންސެލަރ. ނ. 1. ތަފާތު ފެންވަރުގެ ޤާނޫނީ މީހެއް. 2. އޮސްޓްރީއާ އާއި ޖަރުމަނުގެ ބޮޑުވަޒީރު. 3. ޔުނިވަރސިޓީއެއްގެ ތަނުގައި ދިރިނޫޅޭ އިސްވެރިޔާ. chancellorship. chancellor of Exchequer އިނގިރޭސި ވިލާތުގެ މާލީ ވަޒީރު. Lord chancellor އިނގިރޭސި ވިލާތުގެ ހައުސް އޮފް ލޯޑްސް ގެ ރައީސް.
chanceryޗާންސެރީ. ނ. އިނގިރޭސި ވިލާތުގެ ހައިކޯޓުގެ ލޯޑް ޗާންސެލަރ ގެ ބައި.
chancyޗާންސީ. ނއ. ގެއްލުމެއް ލިބިދާނެ. ޔަޤީންކަމެއް ނެތް.
chandelierޝެންޑެލިއަރ. ނ. އެތައް ބޮކިތަކެއް ނުވަތަ ބައްތިތަކެއް ހަރުކުރެވޭ ގޮތަށް ހުންނަ ރީތިކޮށް ހަދައިފައިވާ އެލުވާ ބޮޑު ބައްތި އެއް. ޗާންދެލިއާ.
chandlerޗެންޑްލަރ. ނައު އާއި ބޯޓު ފަހަރަށް ބޭނުންވާ ވާވެލާވެއްޔާއި ފޮތި ފަދަ ތަކެތި ވިއްކާ ވިޔަފާރިވެރިއެއް.
changeޗެއިންޖް. ކ. 1. ތަފާތު ވުން ނުވަތަ ތަފާތުކުުރުން. ބަދަލުކުރުން. ތަބްދީލުކުރުން. ފަރަގުކުރުން ނުވަތަ ފަރަގުވުން. 2. އެއް ފިޔަވަހިން އެހެން ފިޔަވައްސަކަަށް ބަދަލުވުން. 3. އެހެން އެއްޗެއް ނުވަތަ ކަމެއް ކުރީގެ އެއްޗާ ބަދަލުކުރުން މ. އިންޖީނެއްގެ އަޑީތެޔޮ. 4. އައު ހެނދުން ނުވަތަ ދޮވެފައިވާ އައު އަންނައުނު ލުން. 5. އެއް އެތިން އަނެއް އެއްޗަށް ބަދަލުކުރުން. މ. އެއް ފެރީއަކުން އެހެން ފެރީއަކަށް. 6. މާރުކުރުން. މ. ޑޮލަރު ރުފިޔާއަށް ބަދަލުކުރުން. –ނ. 1. ބަދަލު. ފަރަގު. ވެނަސް. ތަބްދީލް. 2. އެއް އެއްޗެއްގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންކުރުން، ދިނުން. ލައިގެން ހުރި ހެދުމުގެ ބަދަލުގައި ބޭނުން ކުރާނެ ހެދުން. 3. އައު ތިމާވެއްޓެއް ނުވަތަ ވަޒީފާއެއް. 4. ވަކި ލާރި ނުވަތަ ފައިސާގެ މަދު ޢަދަދުތައް 5. އެއްޗެއް ގަންނައިރު، މުދަލަށް ވުރެ ދިން ފައިސާ ގިނަ ނަމަ، ސޭޓު ދޭ ބާކީބައި. 6. ދިރިއުޅުން ބަދަލުވުން. ޢިއްދައިން ކެނޑިގެން ދިއުން. change down ދަށް ގިއަރަކަށް ބަދަލުކުރުން. change hands އެހެން މީހެއްގެ މިލްކަކަށް ވުން. change of heart މީހެއްގެ ޝުޢޫރުތައް ނުވަތަ އިޙްސާސްތައް ބޮޑަށް ބަދަލުވުން، ހިތްބަދަލުވުން. change of life އަންހެނުން ޢިއްދައިން ކަނޑައިގެން ދިއުން. change over އެއް ނިޒާމުން ނުވަތަ މަޤާމުން ނުވަތަ އިށީނދެ އިން ތަނުން އެހެން ތަނަކަށް ބަދަލުވުން. change-over މިބާވަތުގެ ބަދަލެއް. change-ringing ރަނގަބީލުތަކެއް ތަފާތު ގޮތްގޮތަށް ޖެހުން. changes ރަނގަބީލުތަކެއް ޖެހޭނޭ ތަފާތު ގޮތްތައް. change up މަތީ ގިއަރަކަށް ލުން. For a change ތަފާތު ކުރުމަށް، މީހެއްގެ ޢާއްމު އުޅުމަށް ބަދަލެއް ގެނައުމަށް. މ. ދަތުރަކު ދިއުން. Get no change out of މީހެއްގެ ފަރާތުން މަޢުލޫމާތު ނުލިބުން. އަނެކާއަށް ވުރެ މޮޅުވުމުގައި ނާކާމިޔާބުވުން.
changeableޗެއިންޖަބްލް. ނއ. 1. ބަދަލު ގެނެވޭ ނުވަތަ ބަދަލު ކުރެވޭ. ވެނަސްވާ. 2. އަވަހަށް ބަދަލުވަމުންދާ މ. މޫސުން.
changelingޗޭންޖްލިން. އަޞްލު އެތި ނެގުމަށްފަހު، ކުއްޖެއް ނުވަތަ އެހެން ވެސް އެއްޗެއް. މ. ހޮސްޕިޓަލަކުން ކުޑަކުއްޖަކު ވިހެއުމުން ވިހޭ ކުއްޖާގެ ބަދަލުގައި އެހެން ކުއްޖެއް ބާއްވައިފައި.
channelޗެނަލް. ނ. 1. ފެން ދަތުރުކުުރުމަށް ނުވަތަ ދިގު އެއްޗެއް ވަޅުލުމަށް ފަދަ ކަމަކަށް ބިން ކޮނެ އަޑިކޮށްފައި އޮންނަ މަގެއް. ޤަނާތު. 2. އުޅަނދު ދަތުރުކުރާ ކޯރެއްގެ ފުން ހިސާބު. 3. ފުޅާ ދެ ބިމެއްގެ ދެމެދުގައިވާ ކަނޑު. މ. ހުވަދޫ ކަނޑަކީ ޗެނަލެކެވެ. 4. ދިޔައެއް ފުރޮޅެއް ނުވަތަ އެހެން ވެސް އެއްޗެއް ދަތުުރުކުރަން ހަދާފައިވާ އަޑީތަނެއް ނުވަތަ މަގެއް. 5. މަޢުލޫމާތު ނުވަތަ ޚަބަރު އެއް ތަނުން އަނެއް ތަނަށް ދަތުރުކޮށްފާނެ ވާޞިޠާ. 6. ބްރޯޑްކާސްޓް ކުރަން ބޭނުން ކުރާ ފްރީކްއެންސީތަކުން ބޭންޑެއް ނުވަތަ ބައެއް. 7. އިލެކްޓްރިކް ވޭވް ފޮނުވާ ސާކިޓެއް. 8. އަޑު ފަދަ ތަކެތި ރެކޯޑު ކުރާ ޓޭޕުން ދިގު ބައެއް. 9. ކޮމްޕިއުޓަރ އިސްތިލާޙުގައި ޓްރެކް.–ކ. 1. ޗެނަލެއް ހެދުން ނުވަތަ ޗެނަލަކަށް މަގުދެއްކުން. 2. އެއްޗެއް ވަކި ދިމާއަކަށް ނުވަތަ ޗެނަލަށް މިސްރާބުކުރުން.
chantޗާންޓް. ނ. 1. ރާގަކަށް އަޅުކަމުގައި ކިޔަވާ ކިޔެވެލި. 2. ރާގު ބަދަލުނުވާ ފޫހި ލަވަ. 3. ރާގަކަށް ގޮވާ ގޮވުން ނުވަތަ ލަވާ ހަޅޭއް. –ކ. 1. ޗާންޓް އެއް ފަދައިން ލަވަކިޔުން. 2. ރާގަކަށް ގޮވުން ނުވަތަ ހަޅޭއްލެވުން. – ނ. chanter.
chantryޗޭންޓްރީ. ނ. މުއްސަނދިން ފަދަ މީހުން މަރުވުމުން އެމީހުންނަށް ދުޢާކުރަން ތައްޔާރު ކޮށްފައި ހުންނަ ކުޑަ ފައްޅިއެއް.
chaosކޭއޯސް. ނ. 1. ވާއެއް ނުވާއެއް ނޭނގޭ ބޮޑު ހަމަ ނުޖެހުމެއް. 2. މުރައްކަބު ތަކެތީގެ ހިންގުން ކުރިއަށް ލަފާކުރަން ނޭނގޭ ނޭނގުން. ނއ. chaotic. ކއ. chaotically.
chapޗެޕް. ކ. ފަޅައިގެން ދިއުން މ. ގައިގެ ހަން. –ނ. ގައިގެ ހަމުން ފަޅައިގެން ގޮސްފައިވާ ތަނެއް.
chapޗެޕް. އޫރެއްގެ ދަތްދޮޅި ނުވަތަ ކޯ، (ކާނާއެއްގެ ގޮތުގައި).
chapޗެޕް. ނ. ނުރަސްމީ ބަހުރުވައިން މީހެއް.
chapelޗެޕަލް. ނ. 1. ނަޞޯރާދީނުގެ އަޅުކަން ކުރާ ކެތީޑްރަލް އާއި ފައްޅި ފިޔަވައި އެހެން ޢިމާރާތެއް. 2. މިފަދަ ތަނެއްގައި އޮންނަ އަޅުކަމެއް. 3. ފައްޅިއެއްގެ އެއްބައިގައި ވަކިން އޮންނަ އަޅުކަންކުރާ ތަނެއް. 4. ޗާޕުޚާނާއެއްގެ މުވައްޒަފުންގެ ޖަމްޢިއްޔާގެ ބައެއް.
chaperonޝެޕަރޯން. ނ. އިޖްތިމާޢީ ބައްދަލުވުންތަކަށް ފުރާވަރުގެ ހުސްހަށިބައި އަންހެން ކުދިންނާއެކު ދާ ދުވަސްވީ އަންހެނެއް. –ކ. ޝެޕަރޯނެއްގެ ގޮތުގައި ޙަރަކާތްތެރިވުން. ނ. chaperonage.
chaplainޗެޕްލިން. ނ. ގެއެއްގައި ނުވަތަ ޗެޕަލް އެެއްގައި ނުވަތަ ސިފައިންގެ ފައުޖަކާ ގުޅިފައިވާ ނަޞޯރާދީނުގެ ފާދިރީއެއް.
chapletޗެޕްލިޓް. ނ. 1. ބޮލުގައި ވަށްކޮށް ޖެހޭގޮތަށް އަލާ މައުފައްޗެއް. 2. ކުރު ތަސްބީހައެއް.
chappieޗެޕީ. ނ. ނުރަސްމީ ބަހުރުވައިން މީހެއް.
chapsޗެޕްސް. ނ. ކައޮބޯއީން ފަޓުލޫނުގެ މަތިން ދެފަޔަށް މަހާލާ، ހަމުން ހަދައިފައިވާ އުރައެއް. ކުރުކޮށް chaparajos.
chapterޗެޕްޓަރ. ނ. 1. ފޮތެއްގެ ބައެއް. ގިނަފަހަރު މި ބައިތަކުގައި ހުންނަނީ ތަރުތީބުން ނަންބަރު ޖަހާފައެވެ. ބާބު. ފަޞްލު. 2. ކެތީޑްރަލް (މައިފައްޅީގެ) ޤާނޫނުތައް ނުވަތަ މިފަދަ ތަނެއްގެ ޠަރީޤާއެއް ނުވަތަ އޭގެ މެންބަރުން. އެފަދަ މެންބަރުންގެ ބައްދަލުވުމެއް. chapter and verse ދީނީ މުޤައްދަސް ފޮތަކަށް ނުވަތަ ފަރާތަކަށް ފުރިހަމައަށް ދޭ ޙަވާލާ. chapter-house ކެތީޑްރަލްއެއްގެ ޗެޕްޓަރެއްގެ ޖަލްސާތައް ބާއްވާ ޢިމާރާތް. chapter of accidents ފުލުފުލުގައި އަންނަ މުޞީބާތްތައް.
charޗާރ. ނ. ކުރުކޮށް charwoman.
charޗާރ. ކ. އެނދުމުގެ ސަބަބުން ކަޅުވުން ނުވަތަ ކުޑަކޮށް އަންދައިގެން ކަޅުކޮށްލުން.
charޗާ. މީރުފެނުގައި (ކޯރުގައި) އުޅޭ ކުޑަ މަހެއް.
charޗާ. ނ. ނުރަސްމީ ބަހުރުވައިން ސައި.
charabancޝަރަބޭން. ނ. މަތިހިޔާނުކޮށް، ހުރަހަށް ދިގު ގޮނޑި ޖަހާފައި، ތަންތަން ބަލަންދާން ކުރިން ދުއްވާ އުޅުނު ބަހެއް.
characterކެރެކްޓަރ. ނ. 1. ޖަމާޢަތެއް، މީހެއް، އެއްޗެއް އެ އެއްޗަކަށް ވާ، އަދި އެހެން ތަކެއްޗާ ތަފާތުކުރާ ހުރިހާ ސިފަތަކެއް. 2. މީހެއްގެ އަޚްލާޤީ ޠަބީޢަތް ނުވަތަ އުޅުން. ޝަޚްޞިއްޔަތު. 3. މީހެއްގެ އަޚްލާޤީ ގަދަކަން. 4. މީހެއް. (ޚާއްޞަކޮށް ފާހަގަކުރެވޭ ނުވަތަ އާދަޔާ ޚިލާފު ގޮތްތަކެއް ހުންނަ). 5. ވާހަކައެއް ނުވަތަ ތަމްސީލެއްގައި އުޅޭ މީހެއް. 6. މީހެއްގެ އަޚްލާޤާ ބެހޭ ބަޔާނެއް. 7. ޗާޕުކުރުމާއި ލިޔުމުގައި ބޭނުންކުރާ ތަފާތު ނިޝާންތަކާއި އަކުރުތައް. 8. ޖަނަވާރެއް ނުވަތަ މީހެއްެ ޠަބީޢީ ސިފައެއް. In character މީހާގެ އަޚްލާޤާ ޠަބީޢަތާ ގުޅޭ. Out of character އަޚްލާޤީ މިންގަޑުތަކާ ނުގުޅޭ.
characteristicކެރެކްޓެރިސްޓިކް. ނއ. އެއްޗެއްގެ ނުވަތަ މީހެއްގެ ސިފައިން ބަޔަކަށް ވުން. އެއްޗަކަށް ޚާއްޞަ ސިފައަކަށް ވުން. –ނ. އެއްޗެއްގެ ޚާއްޞަ ސިފައެވެ. ކއ. characteristically.
characterizeކެރެކްޓަރައިޒް. ކ. 1. އެއްޗެއްގެ ޠަބީޢަތް ސިފަކުރުން. 2. އެއްޗެއްގެ ސިފައަކަށް ވުން. ނ. characterization.
characterlessކެރެކްޓަރލަސް. ނއ. ރަނގަޅު ޚުލްޤެއް އެއްވެސް ގޮތަކަށް ނެތް.
charadeޝެރާޑް. ނ. 1. ކުޅިވަރެއްގައި ލަފުޒެއް ސިފަކުރަން ކުރާ ތަމްސީލު. 2. ހަދައިގެން އުޅޭގޮތެއްކަން މާބޮޑަށް ފާޅުވާވަރަށް އަސަރުކޮށްގެން ނުވަތަ ކަމެއް ވެގެން އުޅޭގޮތް ދައްކާ ދެއްކުން.
charcoalޗާކޯލް. ނ. ލަކުޑި ނުވަތަ ދަރު މަޑުމަޑުން އަންދައިގެން ނުވަތަ ތަނޫރެއްގައި ހޫނުކޮށްގެން އުފައްދާ ކަޅުކުލައިގެ އެއްޗެއް. މި ބޭނުންކުރަނީ ރޯކުރަންށާއި، ތަކެތި ފުރާނަންށާއި ކުރަހަންށެވެ. ދެލި. charcoal grey ވަރަށް ކަޅު އަޅިކުލަ.
chardޗާޑް. ނ. ފަތްތަކާއި ތަނޑުތައް ކެވޭ ތަރުކާރީ ގަހެއް. ޗާދު. ސަލަޤު.
chargeޗާޖް. ނ. 1. ޚިދުމަތަށް ނުވަތަ މުދަލަށް ވިޔަފާރިއެއްގައި ދައްކަން ޖެހޭ އުޖޫރަ. އަގު. 2. އެއްޗަކަށް އެއްފަހަރު އެޅޭ މިންވަރު. އެއް ގޮވުމަށް ބޭނުންވާ ބަޑިބޭސް. 3. އެއްޗެއްގައިވާ އިލެކްޓްރިސިޓީގެ މިންވަރު. ކެމިކަލް އެނަރޖީގެ ގޮތުގައި، އިލެކްޓްރިސިޓީއަށް ބަދަލުކުރަން އެއްޗެއްގައި ރައްކާކުރެވިފައިވާ ހަކަތައިން މިންވަރު. 4. މަސައްކަތެއް ނުވަތަ މަސްއޫލިއްޔަތެއް. މީގެ ހަވާލުގައިވާ މީހާ. 5. މީހަކާ ބަލަހައްޓަން ޙަވާލުކުރެވޭ އެތި ނުވަތަ މީހާ. 6. މީހެއްގެ މަސްއޫލިއްޔަތުތަކާ ބެހޭ ގޮތުން ރަސްމީގޮތުން ދޭ އިރުޝާދު. 7. ކުށްވެރިވެދާނެ ތުހުމަތެއް ނުވަތަ އިލްޒާމެއް. 8. ކުއްލިއަކަށް ދޭ ހަމަލާއެއް. –ކ. 1. އަގެއްގެ ގޮތުގައި އެހުން. 2. ދަރަންޏެއްގެ ގޮތުގައި ރެކޯޑު ކުރުން. 3. އެއްްޗެއް ފުރާލުން ނުވަތަ ބަރުކުރުން ނުވަތަ ޗާޖު އެޅުން. 4. އިލެކްޓްރިސިޓީ އެއްޗަކަށް އެޅުން. ހަކަތަ އެޅުން. 5. މަސްއޫލިއްޔަތެއްގެ ގޮތުގައި ޙަވާލުކުރުން. އަމާނާތެއްގެ ގޮތުގައި ޙަވާލުކުރުން. 6. ރަސްމީކޮށް ތުހުމަތު ކުރުން. 7. އަވަހަށް ކުރިއަށް ހަމަލާދެމުން ޖެހިގަތުން. ފިކުރާނުލާ ޙަރަކާތެރިވުން. In charge އަމުރުކުރާ ވެރިއެއްގެ ގޮތުގައި ޙަރަކާތްތެރިވުން. Take charge ބައެއްގެ އަމުރުވެރިކަން ހޯދައިގަތުން.
chargeableޗާރޖަބްލް. ނއ. ޗާޖުކުރެވޭ. އަގު ދައްކަން ޖެހޭ.
chargé d’affairesޝާޒޭޑަފެއަރ. ނ. 1. ސަފީރެއްގެ ނާއިބު. 2. ކުޑަ ޤައުމަކަށް ފޮނުވާ ސަފީރެއް.
chariotޗެރިއޮޓް. ނ. އިހު ޒަމާނުގައި، ހަނގުރާމައާއި ރޭސްޖަހަން ބޭނުންކުރި ދެ ފުރޮޅުލީ އަސްގާޑިއަލެއް.
charioteerޗެރޮޓިއަރ. ނ. ޗެރިއޮޓް ދުއްވާމީހާ.
charismaކަރިޒްމާ. ނ. މީހުންގެ ކިބައިގައި ވަފާތެރިކަމާއި ޝައުޤުވެރިކަން އުފައްދާ ބާރު. ޖާޒުބިއްޔަތު. ނއ. ކަރިޒްމެޓިކް charismatic.
charitableޗެރިޓަބްލް. ނއ. 1. ބޭނުންވާ މީހުންނަށް އެހީ ދިނުމުގައި ދީލަތި. އޯގާތެރި، މުޙުސިން. 2. ޗެރިޓީއަކަށް ނިސްބަތްވާ. މ. ޗެރިޓަބްލް ޖަމްޢިއްޔާތައް. 3. އެހެން މީހުންނާ ދޭތެރޭ ނުބައިކޮށް ނުވިސްނާ، ނުވަތަ ވިސްނާހިތްނުވާ. ކއ. charitably.
charityޗެރިޓީ. ނ. 1. އެހެން މީހުންނަށް ހުންނަ ލޮބުވެތި އަޅާލުން. ޞަދަޤާތް 2. މީހުންނާ ދޭތެރޭ ނުބައިކޮށް ހީނުކުރާ ނުވަތަ ކަން ނުކުރާ ސިފަ. 3. އެހީ ބޭނުންވާ މީހުންނަށް އެހީތެރިވުމުގައި ހުންނަ ދީލަތިކަން. 4. އެހީ ބޭނުންވާ މީހުންނަށް އެހީދޭން އުފައްދާފައިވާ ފަންޑެއް ނުވަތަ މުއައްސަސާއެއް. ޚައިރިއްޔާ.
charladyޗާލޭޑީ. ނ. ޗާވުމަން އެއް.
charlatanޝާލަޓަން. ކަމެއްގެ (ޚާއްޞަކޮށް ބޭސްވެރިކަމުގެ) މާހިރެއްކަމަށް ހެދިގެން އުޅޭ އެކަން ޙަޤީޤަތުގައި ނުދަންނަ މީހެއް.
charlockޗާލޮކް. ނ. ވަލުގައި ހެދޭ ރެވި. ރީނދޫ މައު އަޅާ ތޮނައެއް.
charlotteޝާލޮޓް. ނ. ފެނުކެއްކި މޭވާއާއި ކޭކާއި ބިސްކޯދު ފަދަ ތަކެތި ބޭނުންކޮށްގެން ހަދާ ފޮނި ކާއެއްޗެއް. charlotte russe ކަސްޓަޑާއި ކިރީމް އާއި މިފަދަ ތަކެތި އިސްޕަންޖު ކޭކެއްގައި ހިމަނައިގެން ހަދާ ފޮނި ކާއެއްޗެއް.
charmޗާމް. ނ. 1. ރީތިކަން. ލޯތްބާއި ރުހުން އުފައްދާ. 2. ސިހުރުވެރި ބާރެއް ހުންނަ ކަމަށް ބުނާ އެއްޗެއް ނުވަތަ ބަސްތަކެއް. ސިހުރު. ފަންޑިތަ. 3. އަތުގައި ނުވަތަ ކަރުގައި އަޅާ ކުޑަ މުއްޖެއް. –ކ. 1. އުފާވެރިކަން ދިނުން. 2. މީހާގެ ޖަޒުބާތުގެ ސަބަބުން އަނެކާއަށް އަސަރުކުރުވުން ނުފޫޒު ފެތުރުން. 3. ސިހުރެއް ފަދައިން ނުފޫޒުފޯރުވުން. ނ. charmer.
charmingޗާމިން. ނއ. ވަރަށް ހިތްގައިމު. ފެނުމުން ހިތްދަމައިގަންނަ. ޖާދުވީ. އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ. ދިލްކަޝް، ދިލްރުބާ. ފާތިން. ސާހިރު.
charnel-houseޗާނެލް ހައުސް. ނ. އިންސާނުންގެ ކަށިތައް ބަހައްޓާ ގެއެއް.
charollaiޝެރޯލޭ. ނ. ބޮޑު ހުދުކުލައިގެ ގެރީގެ ވައްތަރެއް.
chartޗާޓް. ނ. 1. ދަތުރުކުރުމަށް ތައްޔާރުކޮށްފައިވާ ކުރެހުމެއް، ހަރިތައެއް ނުވަތަ ހޫލައެއް. 2. ޚާއްޞަ މަޢުލޫމާތު ދޭ ހަރިތައެއް މ. މޫސުމުގެ މަޢުލޫމާތު. 3. ތަރުތީބަކުން މަޢުލޫމާތު ހިމެނޭ ކުރެހުމެއް، ހަރިތައެއް، ހޫލައެއް، ނުވަތަ ތާވަލެއް. 5. –ކ. ޗާޓެއް ނުވަތަ މިފަދަ ކުރެހުމެއް ހެދުން.
charterޗާޓަރ. ނ. 1. ޖަމްޢިއްޔާގެ ހަމަތަކާއި އިޚްތިޔާރުތައް ހިމަނައި، ރަސްކަލަކު ނުވަތަ ސަރުކާރުން ދީފައިވާ ފަތެއް. 2. ބޯޓެއް ނުވަތަ އުޅަނދެއް ޗާޓަރުކުރުން. –ކ. 1. ޗާޓަރެއް ދިނުން، ޗާޓަރެއް ލިބިގެން އުފެއްދުން. 2. އުޅަނދެއް ނުވަތަ މަތިންތާބޯޓެއް ކުއްޔަށް ހިފުން. ނ. charterer. charterflight ޗާޓަރުކުރި މަތިންދާ ބޯޓެއްގެ އުދުހުމެއް.
charteredޗާޓާޑް. ނއ. ރަސްކަލަކު ނުވަތަ ސަރުކާރުން ދީފައިވާ ހުއްދައެއް ދަށުން އުފައްދައިފައިވާ ފަންނީ ޖަމާޢަތެއްގެ ގަވާއިދުތަކަށް ކުފޫހަމަވާ.
chartreuseޝާޓްރޫޒް. ނ. 1. މީރު ވަހެއް ހުންނަ ރީނދޫ ނުވަތަ ފެހި ރަލެއް. 2. އޭގައި ހުންނަ ފެހިކުލަ. 3. ހަލުވިދާ ބޭރުން ލާފައި ހުންނަ މޭވާ.
charwomanޗާވުމަން. ނ. ގެއެއް ނުވަތަ ޢިމާރާތެއް ސާފުކޮށް ބަލަހައްޓަން ވަޒީފާދީފައިވާ އަންހެނެއް.
charyޗެއަރި. ނއ. 1. ނުރައްކަލަކަށް ހުޝިޔާރު. ކުރިމަތިވެދާނެ ގެއްލުމަށް ވިސްނުން ބަހައްޓާ. ނުރައްކަލެއް ފާހަގަކޮށް އެއިން ސަލާމަތް ވުމަށް ހުޝިޔާރު. 2. މަދުން. މ. އޭނާ މީހުންނަށް އުފާވާކަހަލަ އެއްޗެއް ބުނަނީ ޗެއަރި ކޮށެވެ.
chaseޗޭސް. ކ. 1. އެއްޗެއް ހިފުމަށް ނުވަތަ އެއަށް ވުރެ ކުރިއެރުމަށް ނުވަތަ ފައްސާލުމަށް ފަހަތުން ބާރަށް ދިއުން. ފައްސާލުން. ފަހަތުން ދުވުން. 2. އަވަސްކުރުން. މ. ފިހާރަތައް ވަށައިގެން ޗޭސް ކުރުން. 3. ނުރަސްމީ ބަހުރުވައިން ޙާޞިލްކުރުން. އޭނާގެ އެ ހުވަފެން ޗޭސް ކުރާތާ ދިހަ އަހަރު ވެއްޖެއެވެ. –ނ. 1. ފަހަތުން ދުވާ ދުވުން. އެއްޗެއް އަތުލުމަށް ދުވާދުވުން. 2. ކުޅިވަރެއްގެ ގޮތުގައި އެއްގަމު ކެޔޮޅުކަން ކުރުން. 3. ދުވާ މަގުގައި ހުރަސް ދަނޑިތަކެއް ބަހައްޓައި އޭގެ މަތިން ފުންމަމުން ދުވާދުވުން. 4. ވަށައިގެން ފުޅަށް ނުޖަހާ ހުންނަ ޕާކެއް. chase up ތަޙުލީލުކޮށްގެން ހޯދުން. (ތަކެތި) ހޯދުމަށް އަވަސް ވެ ގަތުން. މ. ރޯދަމަސް އަންނާތީ ހަވާދު. Give chase ފަހަތުން ދުވަން ފެށުން.
chaseޗޭސް. ކ. މަޢުދަނުގައި ބިންވަޅު އަޑިއަށް ނުވަތަ މައްޗަށް ކަނޑާ ނެގުން.
chaserޗޭސަރ. ނ. 1. ހުރަސްތަކެއް ހުރި މަގަކުން ރޭސްޖަހަން ގެންގުޅޭ އަސް. 2. އެއް ބުޔުމަކަށް ފަހު ބޯ އެހެން ބާވަތެއްގެ ބުޔުމެއް.
chasmކެޒަމް. ނ. ބިމުގައި ނުވަތަ ފަރުބަދައެއްގައިވާ ފުން ކެނޑުމެއް.
chassisޝެސީ. ޗެސީ. ނ. އެއްގަމުގައި ދުއްވާ އުޅަނދެއްގެ ތިރީ އޮނިގަނޑު.
chasteޗޭސްޓް. ނއ. 1. ޖިންސީ ގުޅުން ދުވަހަކުވެސް ނުހިންގާ. ޢިއްފަތްތެރި. ޠާހިރު، ޢަފީފު. 2. އިނދެގެން އުޅޭ މީހާ އާ ނޫނީ ޖިންސީ ގުޅުން ނުހިއްގާ. 3. އާދައިގެ ވައްތަރު ޖަހާ، މާ ބޮޑަށް ޒީނަތްތެރިކޮށްފައި ނުވާ. ކއ. chastely.
chastenޗޭސަން. ކ. 1. އަދަބު ދީގެން އަޚްލާޤު ރަނގަޅުކުރުން. 2. ބޮޑާކަން ކުޑަކޮށްލުން.
chastiseޗެސްޓައިސް، ޗެސްޓީޒް. ކ. ގަދައަށް އަދަބުދިނުން (ޚާއްޞަކޮށް ތަޅައިގެން). ނ. chastisement.
chastityޗެސްޓިޓީ. ނ. 1. ޗޭސްޓުވެގެން ވުން. ބިކުރުވެރިކަން. ކައިވެނިނުކޮށް ޖިންސީގުޅުމެއް ނުހިންގާ ވުން. ޢިއްފަތްތެރިކަން. 2. ފޭޑީގެ ސާދާކަން. ސްޓައިލްގެ ދޭސީކަން.
chasubleޗެޒަބްލް. ޗެޒްޔޫބްލް. ނ. ނަޞާރާދީނުގެ އިޙްތިފާލެއްގެ ފާދިރީން އެހެން ހެދުމުގެ މަތިން ލާ އަތްނެތް ލިބާހެއް.
chatޗެޓް. ނ. ނުރަސްމީ އެކުވެރި ވާހަކަ ދައްކާލުމެއް. –ކ. މިގޮތަށް ވާހަކަ ދެއްކުން. chat a person up މީހަކު ރުއްސަން ވެގެން ނުވަތަ ފޮރުވިފައިވާ ބޭނުމަކާ ވާހަކަ ދައްކާލުން. chat show އެކި މީހުންނާ އިންޓަވިޔޫ ކޮށްގެން ދުރަށް ފޮނުވާ ޕްރޮގްރާމެއް.
chateauޝެޓޯ. ނ. ފަރަންސޭސި ވިލާތުގެ ބޮޑު ކިއްލާއެއް ނުވަތަ ރަށްފުށު ބޮޑު ގެއެއް.
chatelaineޝެޓެލޭން. ނ. ބޮޑު ގެއެއްގެ ވެރި އަންހެން މީހާ. ޝެޓޯއެއްގެ އިސް އަންހެން ވެރިޔާ.
chattelޗެޓްލް. ނ. ބިމާއި ގެ ފިޔަވައި އެހެން މުދައު. މާލު.
chatterޗެޓަރ. ކ. 1. ހުއްޓުމެއް ނެތި ގިނައިރު މުހިއްމު ނޫން ކަންތައްތަކަށް ވާހަކަ ދެއްކުން. އަނގަތެޅުން. 2. ބައެއް ޖަނަވާރުތައް ފަދައިން މިފަދަ އަޑު ލެއްވުން. 3. އެއްޗެއް ތެޅޭ ނުވަތަ ޖެހޭ އަޑު ތަކުރާރުކޮށް ލެއްވުން. ނ. މިގޮތަށް ލައްވާ އަޑު ނުވަތަ އިވޭ އަޑު ނުވަތަ ދައްކާ ވާހަކަ. ނ. chatterer.
chatterboxޗެޓަރބޮކްސް. ނ. ގިނައިރު އަނގަތަޅާ މީހާ.
chattyޗެޓީ. ނއ. 1. އަނގަތަޅާ ހިތްވާ. 2. ޗެޓް އަކާ ވައްތަރު. މ. ޗެޓީ ސިފަކުރުމެއް. ކއ. chattily. ނއ. chattiness.
chauffeurޝޯފަރ. ނ. ކާރެއް ދުއްވުމަށް ވަޒީފާ ދީފައިވާ ފަރާތެއް. ޑްރައިވަރު. –ކ. ޝޯފަރ އެއް ފަދައިން ދުއްވުން.
chauffeuseޝޯފަރޒް. ނ. އަންހެން ޝޯފަރއެއް.
chauvinismޝޯވިނިޒަމް. ނ. ހައްދުން ނައްޓާލާފައިވާ ވަޠަނަށް ހުންނަ ލޯބި. male chauvinism އަންހެނުންނަށް ވުރެ ފިރިހެނުން މާ މަތިވެރިހެން ބައެއް ފިރިހެނުންނަށް ހީވާ ހީވުން. މި ތަޢައްޞުބު. ނ. chauvinist. ނއ. chauvinistic.
cheapޗީޕް. ނއ. 1. އަގު ހެޔޮ. އަގަށް ވުރެ އެއްޗެއްގެ ޠަބީޢީ އަގު ބޮޑު. ސަސްތާ. cheap money ހެޔޮ އިންޓަރެސްޓެއްގައި ލިބޭ ލޯނު. 2. އަގު ދަށްކޮށް. ހެޔޮ އަގެއްގައި އަގުހުރި އެއްޗެއް ގަނެވެން އޮތުން. 3. ފެންވަރު ދަށް. ޙަޤީޤީ އަގު ދަށް. 4. ދެއްކުންތެރި ނަމަވެސް އަގެއް ނެތް. ސޭކު. ކއ. cheaply. ނ. cheapness.
cheapenޗީޕްން. ކ. އަގު ދަށްވުން ނުވަތަ ދަށްކުރުން.
cheapishޗީޕިޝް. ނއ. ވަރަށް ޗީޕް.
cheapjackޗީޕްޖެކް. ނ. އަގު ދަށް ތަކެތި އަގު ހެޔޮކޮށް ވިއްކާ މީހާ. ނއ. ހުތުރު، ފެންވަރު ދަށް.
cheatޗީޓް. ކ. 1. ފައިދާއެއް ނުވަތަ ނަފާއެއް ހޯދުމަށް ދޮގުވެރިކޮށް އަދި ނަހަމަކޮށް ކަންކުރުން. މަކަރުހެދުން. ހިންތާ ހެދުން. އިޔަހޫދީ ހެދުން. 2. އޮޅުވައިލުން، މަކަރުހެދުން، ޙީލަތްހެދުން. އެއްޗެއް މަކަރަކުން ހޯދުން. –ނ. މަކަރުހަދާ މީހާ. ކުޅިވަރެއްގައި މަކަރު ހަދާ މީހާ. 2. އޮޅުވައިލުމެއް. މަކަރެއް.
checkޗެކް. ކ. 1. ދުވެއްޔެއް މަޑުކުރުން ނުވަތަ ހުއްޓުވުން. ހިފެހެއްޓުން. 2. ކުއްލިއަކަށް ހުއްޓުން. 3. ރާޒުވާގައި ބޮނދަށް ސައިކިޔުން. 4. އެއްޗެއް ވަނީ ރަނގަޅަށްތޯ ނުވަތަ ރަނގަޅު ހާލަތުގައިތޯ ބެލުމަށް ބެލުން ނުވަތަ ޓެސްޓުކުރުން. ތޯރާވުން. ތަޙުޤީޤުކުރުން. 5. އަޅާކިޔާއިރު އެއްގޮތްވުން. –ނ. 1. ދުވެއްޔެއްގެ މަޑުވުން ނުވަތަ ހުއްޓުން. މަޑުކުރުމެއް. 2. އެއްގަމު ކެޔޮޅުކަމުގައި ވަސް ގެއްލުން. 3. ރާޒުވާގައި ކިޔާ ސައި. 4. އެއްޗެއް ހިފަހައްޓާ އެއްޗެއް. 5. ބަރާބަރުކުރުމަށް ކުރާ ކޮންޓްރޯލެއް. 6. އެއްޗެއް ރަނގަޅުތޯ ބެލުމަށް ކުރާ ޓެސްޓް. 7. މީހަކާ ޙަވާލުކުރި އެއްޗެއް ދިން ކަމުގެ ރަސީދު. 8. ރެސްޓޯރަންޓެއްގެ ބިލް. 9. އެމެރިކާގެ އިމްލާގައި ބޭންކް ޗެކް. –ނ. ޗެކަރ. check in ހާޒިރުވުމަށް ފަހު ރަޖިސްޓަރީކުރުން. check-list ރެފަރެންސަކަށް ނުވަތަ އަޅާކިޔުމަށް ހުރިހާ އެއްޗެއްގެ ލިސްޓު. check on, check up, check in އެއްޗެއްގެ ނުވަތަ ކަމެއްގެ ތެދުކަން ކަށަވަރުކުރުން. check-out ދަމުން ދިޔަކަން ރަޖިސްޓަރީ ކުރުން. ސުޕަރމާކެޓެއްގައި ތަކެތި ގަތް މީހުން އެތަކެއްޗަށް އަގު ދައްކާތަން. check-point ލިޔުންތަކާއި އުޅަނދުތައް ޗެކުކޮށް ބަލާ ހަދާ ތަނެއް. check-up ވަރަށް ބޮޑަށް ބެލުން، ޚާއްޞަކޮށް ހަށިގަނޑުގައި ބައްޔެއް ވޭތޯ ބެލުން. Keep in check ކޮންޓްރޯލްގެ ދަށުގައި ބެހެއްޓުން.
checkޗެކް. ނ. ރާޒުވާ ކުޅޭ ގޮނޑިއެއްގައި ހެން ގޮޅިޖެހި ހޫލަ. checked ނއ. ގޮޅިޖެހި.
checkersޗެކާރޒް. ނ. ރާޒުވާ ގޮނޑިއެއް ފަދައިން ގޮޅިޖެހި ފިލާގަނޑެއްގެ މަތީގައި އެއްޗެތިތަކެއް އަތުރައިގެން ކުޅޭ ކުޅިވަރެއް.
checkmateޗެކްމޭޓް. ނ. 1. ރާޒުވާގައި ސައިން ނެއްޓެވެން ނެތުން. 2. މުޅިން ބަލިވުން (މ. ހަނގުރާމައެއްގައި ނުވަތަ ހަރިއެއްގައި) –ކ. 1. ރާޒުވާގައި ސައިކިޔުން. 2. އެންމެ ފަހުން ބަލިކޮށްލުން ނުވަތަ ނާކާމިޔާބު ކޮށްލުން.
cheddarޗެޑަރ. ނ. އިނގިރޭސި ވިލާތުގެ ޗެޑަރ ކިޔާ ސަހަރެއްގައި އެންމެ ފުރަތަމަ އާދަކޮށް ހެދި ޗީޒްގެ ބާވަތެއް.
cheekޗީކް. ނ. 1. މޫނުގެ ލޮލުން ތިރި. 2. ނުރަސްމީ ބަހުރުވައިގައި ފޫކޮޅު. 3. ބޭއިޙްތިރާމްކޮށް ދެކެވޭ ވާހަކައެއް. ބޮޑާކަން. cheek by jowl ޖެހިޖެހިގެން ނުވަތަ ވަރަށް ގާތުގައި. ގުޅިފައިވާ.
cheekyޗީކީ. ނއ. 1. ބޭއިޙްތިރާމްކޮށް ކެރިގެން، މަޖާ ވާގޮތަކަށް އުޅޭ. ނއ. cheeky. ނއ. cheekiness.
cheepޗީޕް. ނ. ވަރަށް ޅަ ދޫންޏެއްގެ ގޮވުން ފަދައިން ތޫލި މަޑު އަޑެއް. –ކ. މިފަދަ އަޑެއް ލެއްވުން.
cheerޗިއަރ. ނ. 1. ތަރުޙީބު ދިނުމާއި އަތްތިލަބަޑި ޖެހުމުގެ އަޑެއް. Give three cheers ތިން ފަހަރު ”ހުއްރޭ“ މިހެން ގޮވުން. 2. ޗިއަރފުލްނަސް. މަރަހަ. (ތިރި ބަލާ) –ކ. ހިތްވަރު ދިނުމުގެ ޢިބާރާތެއް ބުނުން. ސާބަސް ދިނުން. އަތްތިލަބަޑި ޖެހުން. 2. ހިތްހަމަޖައްސައި ދިނުން. އުފާކޮށްދިނުން. cheer up މީހަކު ކުރިއަށް ވުރެ ހިތްހަމަޖައްސައި ދިނުން ނުވަތަ ހިތްހަމަ ޖެހުން.
cheerfulޗިއަރފުލް. ނއ. 1. އުފާވެރި، ހިތްފަސޭހަ ވެފައި، ފުދިފައި، އުފާވެރި ރޫޙެއްގައި. މަރަހަ. 2. ހިތްފަސޭހަގޮތަކަށް އުޖާލާ. މ. ޗިއަރފުލް ކުލަތަކެއް ލާފައިވާ ގެއެއް. ކއ. cheerfully. ނ. cheerfulness.
cheerioޗޭރިއޯ. ޗީރިއޯ. ނ. ނުރަސްމީ ބަހުރުވައިން ވަކިވަމުން ބުނާ ޢިބާރާތެއް. ހުދާހާފިޒު، ”ގުޑްބައި“، ”ސީޔޫ“ ފަދަ ޢިބާރާތެއް.
cheeseޗީޒް. ނ. 1. ގަނޑު ކުރި ކިރު. ކިރު ހޫނުކޮށް އެއަށް ލިބޯހުތް ނުވަތަ ރާހުތް ނުވަތަ އެހެން އެއްޗެއް އަޅައިގަން ގަނޑުވީމާ، ފުރާނައިގެން ހަދާ ކާއެއްޗެއް. ޕަނީރު، ޖަބަން. 2. އޮލަ ގަނޑު ޖޭމު. ނއ. cheesy. ނ. ނއ. cheese-paring ދަކު. cheese straw ޗީޒުން ރަހަލައްވާފައި ހުންނަ ހިމަ ދިގު އޮޅުންސުވާލި ސިފައަށް ހުންނަ ފާރޮށްޓެއް.
cheeseburgerޗީޒްބާރގަރ. ނ. ބަނަހެއް ފަޅާލައި ޗީޒް އާއި އެހެނިހެން ތަކެތި އަޅައިގެން ހަދާ ކާނާއެއް.
cheesecakeޗީޒްކޭކް. ނ. 1. ފޮނިކުރި ގަނޑު ކިރު އަޅައިގެން ހަދާ ކޭކު ސިފައަށް ހުންނަ ކާއެއްޗެއް. 2. ނުރަސްމީ ބަހުރުވައިގައި އަންހެނެއްގެ ވަނާތައް އެނގޭގޮތަށް ހުރި ފޮޓޯއެއް.
cheeseclothޗީޒްކްލޯތު. ނ. ފޮލާލީނު ފޮތިފަދަ، އުއިން ވިޔާ ތުނި ފޮތި.
cheesedޗީޒްޑް. ނއ. ނުރަސްމީ ބަހުރުވައިން ފޫހިވެފައި، މާޔޫސްވެފައި.
cheetahޗީޓާ. ނ. ވަރަށް ބާރަށް ދުވާ ހަތަރެސްފައި ޖެހި ޖަނަވާރެއް. މީގެ ހަމުގައި ތިކިތަކެއް ހުރެއެވެ. ފަލަނގު. ފަހުދު.
chefޝެފް. ނ. ކެއްކުމުގެ ފަންނުވެރިއެއް. ތަނެއްގައި ކައްކަން އުޅޭ މީހުންގެ ތެރެއިން އެންމެ އިސް ފިރިހެން ބޮޑުކައްކާ.
chef-d’oeuvreޝެއިޑާވް. ޝެފްޑާވް. ނ. އަދަބީ ނުވަތަ ކުރެހުމުގެ އާދަޔާ ޚިލާފު މޮޅު މިސާލެއް. ލާމަސީލު ލިޔުމެއް ނުވަތަ ކުރެހުމެއް.
chelseaޗެލްސީ. ނ. ނ. chelsea bun ވަށްކޮށް އޮޅާފައި މޭބިސްކަދުރު އެޅި ބަނަސް. chelsea pensioner ޗެލްސީ ރޯޔަލް ހޮސްޕިޓަލްގައި އުޅޭ ބަލާނެމީހެއް ނެތް ދުވަސްވީ ސިފައިން.
chemicalކެމިކަލް. ނއ. 1. ކެމިސްޓްރީ އާ ބެހޭ. 2. ކެމިސްޓްރީ އިން އުފައްދައިފައިވާ. –ކ. ކެމިކަލް ގޮތަކުން އުފައްދައިފައިވާ އެއްޗެއް ނުވަތަ ކެމިކަލް ކަމެއްގައި ބޭނުން ކުރާ އެއްޗެއް. ކީމިޔާއީ މާއްދާ. ކއ. chemically. chemical engineering. ކެމިކަލް ބަދަލުތަކާ ބެހޭ އަދި މިކަމުގައި ބޭނުންކުރާ ސާމާނާ ބެހޭ އެންޖިނިއަރިން.
chemiseޝެމީޒް. ނ. 1. ކޮނޑަށްލާ ވައުކޮޅަކުން ހިފަހައްޓާފައި ހުންނަ އުނަގަނޑަށް ވުރެ ތިރިއަށް ފައިބާ އަންހެނުން ހެނދުމުގެ އަޑިން ލާ ކޮނޑުކެޑިއެއް ފަދަ އަންނައުނެއް. 2. މި ސިފައިގެ ހެދުމެއް.
chemistކެމިސްޓް. ނ. 1. ކެމިސްޓްރީއަށް ފާގަތި ސައިންޓިސްޓެއް. 2. ބޭސް ވިއްކާ ފިހާރައެއް ނުވަތަ މީހެއް. ކީމިޔާއީ. ޝީމީދާން.
chemistryކެމިސްޓްރީ. ނ. 1. އެކި ތަކެތި އެއްކުރުމުން ނުވަތަ ޖެހުމުން ވާގޮތާއި ތަފާތު އުންސުރުތަކާއި އެތަކެތީގެ ސިފަތަކާ ބެހޭ ސައިންސްގެ ޢިލްމު. ކީމިޔާ. ޢިލްމު ޝީމީ. ކީމިޔާ. ކިމްޔާ. 2. އެއްޗެއްގެ ކެމިކަލް އުފެދުމާއި ސިފަތަކާއި އެހެންތަކެއްޗާ އެކުވާގޮތް.
chemotherapyކީމޯތެރަޕި. ނ. ކެމިކަލްތަކާއި ބޭސް ބޭނުންކޮށްގެން ބަލި ފަސޭހަ ކުރުން.
chenilleޝެނީލް. ނ. ދޮރުފޮއްޗާއި ފަރުނީޗަރުގައި ޖެހުމަށް ކެހެރި ދިގުކޮށް ވިޔެފައި ހުންނަ މަޚްމާ ފޮއްޗެއް.
chequeޗެކް. ނ. 1. ބޭންކުގައި ހުރި ފައިސާ ދޫކުރުމަށް ލިޔެފައި އަންގާ ފަތެއް. 2. މި ލިޔުމަށް ޗާޕުކޮށްފައި ހުންނަ ކަރުދާސް ގަނޑު. cheque-book އެތައް ޗެކް ގަނޑެއް ހިމެނޭ ފޮތެއް. cheque card ޗެކްތަކަށް ފައިސާ ދޫކުރާނެކަމަށް ބުނެ ބެންކުން މީހުންނަށް ދީފައިވާ ކާޑެއް.
chequerޗެކަރ. ނ. ގޮޅިޖެހި (އަކަކުރެހި) ފަރުމާއެއް (ޚާއްޞަކޮށް ދެ ކުލައަކުން). chequer-board ގޮޅިޖެހި ފިލާގަނޑެއް ނުވަތަ ބޯ ކަރުދާސް ގަނޑެއް. ރާޒުވާ ކުޅޭ ގޮނޑި. chequered ގޮޅިޖަހާފައި. chequered career އަވަސް އަވަހަށް ބަދަލުވަމުންދާ ގޮތް ހުންނަ ނަޞީބު.
cherishޗެރިޝް. ކ. 1. ލޯތްބާއެކު އަޅާލުން. ހަންހާރަކުރުން. އަގަލު ހުރުން. 2. އެއްޗަކަށް ނުވަތަ މީހަކަށް ވަރަށް އަގަލުހުރުން ނުވަތަ ރުހުން ނުވަތަ ލޯބިވުން. 3. ހިތުގައި ބެހެއްޓުން. މ. އޭނާ އަނބުރާ އައުމުގެ އުއްމީދު އަހުރެމެން ޗެރިޝް ކުރަމެވެ.
cherootޝެރޫޓް. ނ. ދެކޮޅު ނުބައްދާ ސުއްޓާ.
cherryޗެރީ. ނ. 1. އޮށެއް ހިމެނޭ ކުޑަ މޭވާއެއް. ބާވަތެއްގެ ޖޭމު ގަހުގެ މޭވާ. 2. މިއަޅާ ރީއްޗަކަށް ހައްދާ ގަސް. 3. މިގަހުގެ ލަކުޑި. 4. ކަޅު ރަތްކުލަ. ނއ. ކަޅުރަތް. cherry brandy ޗެރީ އެޅި ރަލުގެ ވައްތަރެއް.
chertޗާރޓް. ނ. ތޫނު ކުރެވޭ ޒާތުގެ ހިލައެއް.
cherubޗެރަބް. ނ. 1. ނަޞާރާ ދީނުގައި، މަލާއިކަތުންގެ ބާވަތެއް. 2. ކުރެހުންތަކުގައި ދެ ފިޔަލީ ކުޑަކުއްޖެއްގެ ގޮތުގައި ކުރަހާ ސޫރައެއް. 3. ކުށެއް ނެތް ކަމަށް ފެންނަ މަޢުޟޫމް މީހެއް.
cherubicޗެރޫބިކް. ނއ. ޗެރަބް އަށް ނިސްބަތްވާ. ފަލަ މަޢުޞޫމް މޫނެއްވާ.
chervilޗާވިލް. ނ. ސުރުވާ ކެއްކުމަގައާއި ސަޓަނި ހެދު މުގައި ބެނުންކުރާ ކެރޮޓް އާއިލާގެ ގަހެއް. ޖަޢުފަރީ. ކަރަވިލް.
ches.ޗެޝް. ކުރުކޮށް cheshire.
Cheshireޗެޝަޔަރ. ނ. 1. އިނގިރޭސި ވިލާތުގެ ކައުންޓީއެއް ނުވަތަ އިދާރީ ސަރަޙައްދެއް. 2. މި ސަރަޙައްދުގައި ހަދާ ބާވަތެއްގެ ޕަނީރެއް ނުވަތަ ޗީޒް. Like a cheshire cat ފުޅާ ހަރަކާތްނުކުރާ ހިނިތުންވުމަކާ އެކު.
chessޗެސް. ނ. ޗެސް ބޯޑެއްގައި ދެމީހުން ކުޅޭ ކުޅިވަރެއް. ރާޒުވާ. chess-board 64 ގޮޅި ހިމެނޭ ރާޒުވާ ކުޅޭ ގޮނޑި. chess-men ރާޒުވާކުޅެން ބޭނުންކުރާ 32 ކުޅި.
chestޗެސްޓް. ނ. 1. ތަކެތި ބެހެއްޓުމަށް ނުވަތަ އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުން ކުރާ ބޮޑު ފޮއްޓެއް. ބަންގާޅު ފޮށި. 2. ހިތާއި ފުއްޕާމޭ ހިމެނޭ ހަށިގަނޑުގެ މޭ. chest of drawers ހެދުން ފަދަ ތަކެތި ބަހައްޓާ ވަތްގަނޑު ބަރިއެއް. Get it off one’s chest މީހާ ނުތަނަވަސް ވާ ވާހަކައެއް އެހެން މީހެއްގެ ކައިރީގައި ބުނުން. Play it close to one’s chest ސިއްރުވެރި.
chesterfieldޗެސްޓަރފީލްޑް. ނ. ދެ ފަރާތާއި ބިއްދޮށުގައި އިސްޕަންޖު ޖެހި ސޯފާއެއް.
chestnutޗެސްޓްނަޓް. ނ. 1. މުށިކުލައިގެ މަދެއް އަޅާ ގަހެއް. 2. މިގަހުގެ ލަކުޑި. 3. މިގަހުގެ މަދު. 4. ރަތްމުށި ކުލަ. 5. ރަތްމުށި ކުލައިގެ ނުވަތަ ރީނދޫމުށިކުލައިގެ އަހެއް. 6. ގިނަ ފަހަރު އަޑުއިވިފައިވާ ވާހަކައެއް ނުވަތަ ސަމާސާ ވާހަކައެއް.
chestyޗެސްޓީ. ނއ. 1. ނުރަސްމީ ބަހުރުވައިން، ފުއްޕާމޭގެ ބަލިތަކުގައި އުޅޭ. ފުއްޕާމެޔަށް ފަސޭހައިން ބަލިޖެހޭ. 2. މޭމަތި ބޮޑު. ނ. chestiness.
cheval-glassޝެވަލް-ގްލާސް. ނ. ކުޑަހަރެއްގައި ކަތި ކުރެވޭ ގޮތަށް ހުންނަ ދިގު މޫނުބަލާ ލޯގަނޑެއް.
chevalierޝެވޭލިއަރ. ނ. އިނގިރޭސި ވިލާތުގެ ޤަދީމީ ހަނގުރާމަ މަތީ ޠަރީޤާއެއްގެ މެންބަރެއް.
chevronޝެވްރޮން. ޗެވްރޮން. ސިފައިންގެ ހެދުމުގެ ކޮނޑުގައި ޖަހާ V ބައްޓަމުގެ ގުދު ރޮނގެއް. ފަށް.
chewޗޫ. ކ. ދެ ދަތްޕިލަ ގުޑުވައިގެން އެއްޗެއް މުގުރުން. ހެފުން. މި ސިފަ ޖެއްސުން. –ނ. 1. ހެފުމުގެ ޙަރަކާތް. 2. ހަފާ އެއްޗެތި. chewing-gum ގިނަ އިރު ހެފޭގޮތަށް ހަދާފައި ހުންނަ ފޮނިރަހަލާ ރަބަރު ކާއެއްޗެއް. chew over ކަމަކާ ވިސްނުން. chew the fat/rag އަނގަތެޅުން.
chewyޗުވީ. ނއ. 1. ހެފުމަށް ރަނގަޅު. 2. ހަފަން ޖެހޭ. މަޑު ނޫން.
chiantiކިއަންޓި. ނ. އިޓަލީގައި އުފައްދާ ރަތް ކުލައިގައި ހުންނަ ރަލެއް.
chiaroscuroކިއަރޮސްކޫރޯ. ނ. ކުރެހުމެއްގެ ކުލަ ގަދަ އަދި މަޑު ހިސާބުތައް ހިމަނާ ހިމެނުން. 2. ޤުދުރަތީ ގޮތުން ހުންނަ އަލިގަދަ އަދި އަނދިރި ތަންތަނުގެ އަސަރުތައް. 3. އަދަބީ ލިޔުންތަކުގައި ދެކޮޅު ދައްކާ ގޮތަށް ލިޔާލިޔުން. މ. ބަލިވެއުޅުމާއި ގަދަވެ އުޅުން.
chicޝީކް. ނއ. ފެނުމުގައާއި ފަރުމާ އާއި އުޅޭ އުޅުމުގައި ފެންވަރު ރަނގަޅު ވެފައި ރީތި އަދި ހިތްގައިމު. ނ. މި ސިފަ
chicaneޝިކޭން. ނ. 1. މަކަރެއް. 2. ކާރު ރޭސް ޖަހާ މަގުގައި ދުއްވަން އުނދަގޫކުރަން ހަދާ ހުރަހެއް. –ކ. މަކަރު ހެދުން.
chicaneryޝިކޭނަރި. ނ. ފައިދާއެއް ހޯދުމަށް ހަދާ މަކަރު. ހީލަތް. އޮޅުވާލުމެއް.
chickޗިކް. ނ. 1. ދޫންޏެއްގެ ވަރަށް ކުޑަ އެއްޗެއް. ފިޔޮއް. 2. ނުރަސްމީ ބަހުރުވައިން ޒުވާން އަންހެނެއް.
chickenޗިކިން. ޗިކަން. ނ. 1. ކުކުޅުހާ ނުވަތަ އެހެން ދޫންޏެއްގެ ޅަ އެއްޗެއް. 2. ކުކުޅުހާގެ މަސް (ކާނާއެއްގެ ގޮތުގައި). 3. ކެރުން ޓެސްޓުކުރަން ކުޅޭ ކުޅިވަރެއް. chicken out ކެރުން ނެތުމުގެ ސަބަބުން ކަމަކުން ވަކިވުން. Be no chicken ޒުވާންކަން ނެތިފައި ވުން. chicken-feed ކުކުޅުހާލުގެ ކާނާ. ނުރަސްމީ ބަހުރުވައިން މަދު އެތިކޮޅެއް. chicken-hearted ޖެހިލުންވާ. chicken-wire ދަގަނޑު ނަރުން ހަދާފައި ހުންނަ ހިމަ ދައު.
chicken-poxޗިކަން ޕޮކްސް. ނ. ހަމުގައި ތިކިތަކެއް ޖަހާ ބައްޔެއް. ފާނަބަސަންދު.
chickweedޗިކްވީޑް. ނ. ހުދުކުލައިގެ މަލެއް އަޅާ ތޮނައެއް.
chicleޗިކްލް. ނ. ޗުވިންގަމް ހެދުމަށް ބޭނުންކުރާ މެދު އެމެރިކާގެ ގަހެއްގެ ކިރު.
chicoryޗިކަރީ. ނ. ނޫކުލައިގެ މަލެއް އަޅާ ތަރުކާރީގެ ގޮތުގައި އޭގެ މޫ ބޭނުން ކުރާ ގަހެއް. ކާސަނީ.
chideޗައިޑް. ކ. އެއްޗެތި ގޮވުން.
chiefޗީފް. ނ. 1. އިސް މީހާ. ވެރިޔާ. ލީޑަރު. 2. އެންމެ މަތީ ލަޤަބު/މަޤާމް ދެވިފައިވާ މީހާ. chief of staff މުވައްޒަފުންގެ ތެރެއިން އިސްމީހެއް. –ނއ. އިސް. 1. މަޤާމުގެ ގޮތުން އެންމެ މަތި. 2. އެންމެ މުހިއްމު. –ކއ. chiefly.
chieftainޗީފްޓަން. ނ. ޤަބީލާއެއް ނުވަތަ އެހެން ވެސް ޖަމާޢަތެއްގެ އިސް މީހާ.
chiff-chaffޗިފްޗާފް. ނ. ދުނިޔޭގެ އުތުރު ސަރަޙައްދުތަކުގެ ކުޑަ ދޫންޏެއް.
chiffonޝިފޮން. ނ. 1. ނައިލޯނު ނުވަތަ ފަށުވިން ވިޔެފައިވާ އެއްފަރާތުން އަނެއް ފަރާތް ފެންނަހާ ތުނި ފޮއްޗެއް. 2. ވަރަށް ލުއި، ކުކުޅުބިހު ލޮދިން ހަދާ ފޮނި ކާއެއްޗެއް.
chiffonierޝިފޮނިއަރ. ނ. 1. އުނަގަނޑާ ހިސާބަށް އަރާ ތަށިފަދަ ތަކެތި މަތީގައި ބަހައްޓާ ކަބަޑެއް. 2. ހެދުން ބަހައްޓާ ވަތްގަނޑުބަރިއެއް.
chignonޝިންޔާން. ނ. އަންހެނުންގެ ބޮލުގެ ފަހަތުގައި ޖަހާ ހުޅި.
chihuahuaޗިވާވާ. ނ. މެކްސިކޯ އަށް ނިސްބަތްވާ، އޮމާން ކެހެރިއެއް ހުންނަ ވަރަށް ކުޑަ ކުއްތާއެއް.
chilblainޗިލްބްލައިން. ނ. އަތްފަޔާއި ކަންފަތުގައި މާ ގަދައަށް ފިނިވުމުން ނުވަތަ ލޭހިނގުން ކުޑަވުމުން ވަރަށް ތަދުވާ ގޮތަށް ދުޅަވާ ތަންތަން.
childޗައިލްޑް. ނ. 1. ފުރާވަރަށް ނާރާ ކުޑަކުއްޖެއް. ކުއްޖެއް. 2. ދަރިއެއް. child-bearing ބަލިވެއިނުމާއި ވިހެއުން. child-minder ފައިސާއަށް ކުޑަކުދިން ބަލަހައްޓާ މީހެއް. child’s play ކުރަން ވަރަށް ފަސޭހަ.
childbirthޗައިލްޑްބާރތް. ނ. ކުޑަކުއްޖަކު ވިހެއުން.
childhoodޗައިލްޑްހުޑް. ނ. ކުޑަކުއްޖެއްގެ އުމުރު ފުރާ، އެ މުއްދަތު ނުވަތަ އެ ޙާލަތު.
childishޗައިލްޑިޝް. ނއ. ކުޑަކުއްޖެއްހެން. ބޮޑެތި މީހުންނާ ނުގުޅޭ. ކއ. childishly. ނ. childishness.
childlessޗައިލްޑްލަސް. ނއ. ދަރިން ނެތް.
childlikeޗައިލްޑްލައިކް. ކއ. ތުއްތު ކުއްޖެއްގެ ރަނގަޅު ސިފަތައް ހުރި. މަޢުޞޫމް. ކުށެއްނެތް. ސާދާ. ދޭސީ.
Chileޗިލި. ނ. ދެކުނު އެފްރިކާގެ ޤައުމެއް. ނއ. ނ. Chilean.
chillޗިލް. ނ. 1. އުނދަގޫވާ ވަރަށް ވާ ފިނި. 2. ހަށިގަނޑު ތުރުތުރު އަޅާވަރަށް އަންނަ ހުން. 3. ނާއުއްމީދު. ނއ. chilly. –ކ. 1. ފިނިކުރުން ނުވަތަ އުނދަގޫ ވާ ވަރަށް ފިނިވުން. 2. ގަނޑު ނުކޮށް، ގިނަ ދުވަހު ހުންނަ ވަރަށް ކާތަކެތި ފިނިކުރުން.
chilliޗިލި. ނ. ކުޅި ރަހަ ހުންނަ ގަހެއްގެ މޭވާއެއް. މިރުސް. chilli con carne ގެރިމަސް ކޮށައި މިރުސް އަޅައިގެން ކައްކާ ސުރުވާއެއް.
chillyޗިލީ. ނ. 1. އުނދަގޫ ވާވަރަށް ފިނި. 2. ރައްޓެހިނޫން. މީހުންނާ ނުގުޅޭ. chilliness.
Chilternsޗިލްޓާރންސް. ނ. އިނގިރޭސި ވިލާތުގެ ދެކުނު ސަރަޙައްދެއް.
chimeޗައިމް. ނ. ރާގު ކުޅެވޭގޮތަށް ހަދައިފައިވާ ރަނގަބީލުތަކެއް. –ކ. 1. (ރަނގަބީލު ފަދަ އެއްޗެއް) ޖެހުން. 2. (ގަޑީގެ) ކިޔާ އަޑަކުން ވަކި ގަޑިއެއް ޖެހުނުކަން އެންގުން. chime in އެހެން މީހުން ދައްކާ ވާހަކެއްގެ ތެރެއަށް ބަހެއް ލުން. chim in with, chime with އެއްބަސް ވުން ނުވަތަ އެއްގޮތް ވުން.
chimneyޗިމްނީ. ނ. 1. ބަދިގެ ފަދަ އަލިފާން އަންދާ ތަނަކުން ދުން ބޭރަށް ފޮނުވަން ހަދައިފައި ހުންނަ ހޮޅި. ދުން ހޮޅި. chimney pot މިފަދަ ހޮޅިއެއްގެ މަތީގައި ބަހައްޓާ ބަނޑިޔަލެއް ފާޑުގެ އެއްޗެއް. ބޭނުމަކީ މަތި ހިމަވުމުގެ ސަބަބުން ދުންތައް ނުކުންނަ ބާރުމިން ބޮޑުކުރުން. chimney-stack ގާތްގާތުގައިވާ ގިނަ ޗިމްނީތަކެއް. chimney-sweep ދުންހޮޅި ސާފުކުރުމަށް ވަޒީފާގައި ހުންނަ މީހެއް.
chimpޗިމްޕް. ނ. ކުރުކޮށް chimpanzee.
chimpanzeeޗިމްޕެންޒީ. ނ. ގޮރިއްލާ އަށް ވުރެ ކުޑަ އެފްރިކާގެ ރާމާ މަކުނެއް.
chinޗިން. ނ. މޫނުގެ ކުރިމަތި ފަރާތުން އަނގައިން ފެށިގެން ކަރާ ދޭތެރެ. ދަތްދޮޅި. chin-wag އަނގަތަޅާލުމެއް. Keep one’s chin up އުފާވެރިކަން ދައްކައިގެން އުޅުން.
chinaޗައިނާ. ނ. 1. ތަށިމުށި. 2. ތަށިމުށީގެ ތަކެތި.
chinaޗައިނާ. ނ. އިރު ދެކުނުގައި އޮންނަ ބޮޑު ޤައުމެއް. ސީނުކަރަ. china orange އާދައިގެ އޮރެންޖު. ނާރިނގު. ފޮނިލުބޯ. ގިނަ ބަޔަކަށް އޮރެންޖު ތަޢާރުފުވީ ޗައިނާއިން ކަމަށް ވާތީ މިހެން ކިޔަނީއެވެ.
chinagraphޗައިނާގްރާފް. ނ. ބިއްލޫރިއާއި ތަށިމުށީގައި ލިޔެވޭ ފަންސުރެއް.
chinamanޗައިނާމަން. ނ. ޗައިނާ ދަރިފަސްކޮޅުގެ މީހެއް.
chinatownޗައިނާޓައުން. ނ. ސަހަރެއްގައި، ޗައިނާމީހުން ޖަމާޢަތެއްގެ ގޮތުގައި އުޅޭ ސަރަޙައްދެއް.
chincherincheeޗިންޗެރިންޗީ. ނ. ސައުތު އެފްރިކާގެ، ގޮނޑިއަކުން ފަޅާ ހުދުމައުގަނޑެއް އަޅާ ގަހެއް.
chinchillaޗިންޗިލާ. ނ. 1. މުގޮށި މީދާފަދަ، ދެކުނު އެމެރިކާގެ ޖަނަވާރެއް. 2. އޭގެ ކެހެރި. 3. ބާވަތެއްގެ މުސަޅާއި ބުޅާ.
chineޗައިން. ނ. ޖަނަވާރެއްގެ މައިކަށި. މައިކަށި ހިމެނޭ ކާން ބޭނުންކުރާ މަސްފޮއްޗެއް. –ކ. މައިކަށި ވަކިކުރުން. މައިކަށީގެ ބައެއް ހިމެނޭ ގޮތަށް ކެއުމަށް މަސްކޮށުން.
chineޗައިން. ނ. އާރެއް ދަތުރުކޮށްގެން، ގުންޑޮޅި ތެދަށް ކެނޑިގެން އަޑިއަށް ގޮސްފައިވާ ފަރުބަދަ މަތީ ތަނެއް.
chineޗައިން. ނ. ކަނޑުގައި ދުއްވާ ފޫ ފަތާ އުޅަނދެއްގެ ފުލާއި އަރިމަތި ގުޅޭ ދާރަ.
chineseޗައިނީސް. ނއ. ޗައިނާ (ސީނުކަރަ) އަށް ނުވަތަ އެތަނުގެ ބަހަށް ނުވަތަ މީހުންނަށް ނިސްބަތްވާ. ނއ. 1. ޗައިނާ ދަރިފަސްކޮޅުގެ މީހެއް ނުވަތަ ޗައިނާ މީހެއް. 2. ޗައިނާ ބަސް. chinese lantern ކަރުދާހުން ހަދާފައި ފަތްޖަހާލެވޭ ލަންޓަނެއް. މި ލަންޓަނާ ވައްތަރު ގޮތަކަށް ހުންނަ އޮރެންޖުކުލައިގެ މަލެއް އަޅާ ގަހެއް.
chinkޗިންކް. ނ. ހިމަ ހިންމިއެއް ނުވަތަ ފަތިކޮށް ކުރު ކޮށް ހުރި ރެނދެއް.
chinkޗިންކް. ނ. ބިއްލޫރިއާއި ވަކި ލާރި އެކަތި އަނެއް އެއްޗާ ޖެހުމުން ކިޔާފަދަ އަޑު. –ކ. މި ބާވަތުގެ އަޑެއް އުފެއްދުން.
chinkޗިންކް. ނ. ނުރަސްމީ ބޭއަދަބީ ބަހުރުވައިން ޗައިނާ މީހެއް.
chintzޗިންސް. ނ. ކުލައިން ޕްރިންޓްކޮށް އަދި އޮފު އަރާގޮތް ހަދާފައި ހުންނަ ފަރުނީޗަރު މަތީ އެޅުމަށް ނުވަތަ ދޮރުފޮއްޗަށް ބޭނުންކުރާ އުއި ފޮއްޗެއް.
chionodoxaކިއޮނޮޑޮކްސާ. ނ. ފިނިވާ ޤައުމުތަކުގައި ރަބީޢު މޫސުމުގައި ފޮޅޭ ނޫކުލައިގެ މަލެއް އަޅާ ގަހެއް.
chipޗިޕް. ނ. 1. ހަރު އެއްޗަކުން ވަކިވާ ނުވަތަ ވަކިކުރާ ކުޑަ އެތިކޮޅު. 2. ހަތަރު އަރި ފޯއްޔަކަށް ކޮށައި ތެއްލި ވިލާތުއަލުވި. 3. ތުނިކޮށް ލިޔެފައި ހުންނަ އަލުވި. 4. ވަށިގަނޑު ހެދުމަށްޓަކައި ކޮށައި ސިފަ ގެނެސްފައިވާ ފީތާ. މިފަދަ ފީތާއިން ހަދައިފައިވާ ވަށި. 5. އެއްޗަކުން ކުޑަ ތަންކޮޅެއް ވަކިވެފައިވާ ތަން. 6. ބައެއް ބާވަތުގެ ޖުވާ ކުޅޭއިރު، ފައިސާގެ ބަދަލުގައި ބޭނުންކުރާ ފޮއްޗެއް. 7. އިލެކްޓްރޮނިކްސް ގައި ބޭނުންކުރާ މައިކްރޯޗިޕް. –ކ. 1. މަތިން ނުވަތަ އަރިއަކުން އެތިކޮޅުތައް ވަކިކުރުން. މިގޮތް ހަދައިގެން ކޮނެ ނެގެ ން. 2. އަލުވި ޗިޕް ހެދުމަށް ކޮށުން. 3. ނުރަސްމީ ބަހުރުވައިން ސަމާސާ ގޮތަކަށް ޖައްސާލުން. A chip off the old block ބައްޕައާ ވަރަށް ވައްތަރު ދަރިއެއް. A chip on one’s shoulder މީހަކު ނުރުހޭ ނުވަތަ ރުޅިއަރާ ކަމެއް. chip in މީހަކު ވާހަކަ ދައްކަމުން ދަނިކޮށް އެއްޗެކޭ ބުނުން. ފައިސާ ކަމަކަށް ދިނުން. Have had one’s chips ބަލިވުން ނުވަތަ މަރުވުން. When the chips are down ”ނުކުތާއަށް އެނބުރި އަންނަ އިރު.“ ”އުނދަގޫ ޙާލަތެއް މެދުވެރިވެ، އެއްޗެތީގެ ޙަޤީޤީ އަގު އޮޅުން ފިލުމުން.“
chipboardޗިޕްބޯޑް. ނ. ހުއި ނުވަތަ ލަކުޑި ކުޑި އާއި ތެރަސް އެއްކޮށްގެން ހަދާ ލަކުޑި ފިލާ.
chipmunkޗިޕްމަންކް. ނ. އުތުރު އެމެރިކާގައި އުޅޭ ގަޅިޖެހި މުގޮށި މީދާ ފަދަ ޖަނަވާރެއް.
chipolataޗިޕޮލާޓާ. ނ. ލޮނު ސޯސޭޖެއް (ސޯސިޖެއް)
chippendaleޗިޕެންޑޭލް. ނ. 18 ވަނަ ޤަރުނުގައި އިނގިރޭސި ވިލާތުގައި ފަރުނީޗަރު ހަދާ އުޅުނު ގޮތެއް.
chippingsޗިޕިންގްސް. ނ. މަގުހަދާއިރު މަގުގެ މަތީގައި އަޅަން ކުދިކޮށްފައި ހުންނަ ކުދިކުދި ހިލަކޮޅު ނުވަތަ މިފަދަ އެހެން އެއްޗެއް.
chiropodyޗިރޮޕޮޑި. ނ. ފައިތިލައިގެ ބަލިތަކުގެ ފަރުވާ. ނ. chiropodist.
chiropracticކައިރޯޕްރެކްޓިކް. ނ. ބޭސްނުކޮށް، އަދި ސާޖަރީ ނުހަދާ، ހަށިގަނޑުގެ ހުޅުތައް އެކި ގޮތްގޮތަށް ލަންބައިގެން ކުރާ ބޭސްވެރިކަމެއް. ނ chiropractor.
chirpޗާރޕް. ނ. 1. ދޫންޏާއި މަސްކާށި ފަދަ ތަކެތި ލައްވާ ތޫލި ކުރު އަޑު. –ކ. މިފަދަ އަޑެއް އުފެއްދުން.
chirpyޗާރޕީ. ނއ. ޙަރަކާތް ގިނަވެ އުފާވެފައިވާ.
chirrupޗިރަޕް. ނ. ޗާރޕްގެ ސިލްސިލާއެއް. –ކ. ގުޅުވައިގެން އެތައް ފަހަރަކު ޗާރޕް ކުރުން.
chiselޗިސްލް. ނ. ލަކުޑިއާއި ގައު މަސައްކަތް ކުރާއިރު، ބޭނުންކުރާ އާލަތެއް. ވަޑާންކަށި. ފުއްކަށި. –ކ. މިފަދަ ކައްޓެއް ބޭނުންކޮށްގެން ސިފައެއް ގެނައުން. 2. ބޭއިންސާފުކޮށް މަލުކުރުން. ޓެކުން. ނ. chiseller.
chitޗިޓް. ނ. ކުޑަ ޅަ ފުރާގެ ކުއްޖެއް.، ޒުވާން ކުޑަ އަންހެނެއް.
chitޗިޓް. ނ. 1. ލިޔެފައިވާ ކުރު ނޯޓެއް. 2. ފައިސާ ދޭން ޖެހޭކަން ނުވަތަ އޯޑަރެއް ލިޔެފައިވާ ކުރު ނޯޓެއް.
chit-chatޗިޓް-ޗެޓް. ނ. އަނގަތެޅުން.
chitterlingsޗިޓަރލިންގްސް. ނ. ކާނާއެއްގެ ގޮތުގައި ބޭނުން ކުރާ އޫރެއްގެ ކުޑަގޮހޮރު.
chivޗިވް. ނ. ނުރަސްމީ ބަހުރުވައިން ވަޅި.
chivalryޝިވެލްރީ. ނ. (ޚާއްޞަކޮށް ކަމެއް ބަދަލުގައި ނުކޮށްދެވޭނެ ފަދަ ނިކަމެތީންނަށް) ޤަދަރުދީ އޯގާތެރިވާ ވުން. ޝަހާމަތު. ނއ. chivalrous.
chiveޗައިވް. ނ. ފިޔާގެ ރަހަ ހުންނަ ތަރުކާރީއެއް.
chivvyޗިވީ. ނ. ނުރަސްމީ ބަހުރުވައިން މީހެއްގެ ކައިރީގައި ގިނަ ފަހަރު އަވަސްކުރަން ބުނާ ބުނުން.
chlorideކްލޮރައިޑް. ނ. ކްލޮރީން އާއި އެހެން އުންސުރެއް އެކުވެގެން އުފެދިފައިވާ އެކުވިއެއް ނުވަތަ ކަމްޕައުންޑެއް.
chlorinateކްލޮރިނޭޓް. ކ. ކްލޮރީން އެޅުން ނުވަތަ ކްލޮރީން އަޅައިގެން ބަލިޖައްސާ ޖަރާސީމު މަރާލުން. ނ. chlorination.
chlorineކްލޮރީން. ނ. ފެނުގައި ހުންނަ ޖަރާސީމު މަރާލުމަށާއި އެހެން ކަންކަމުގައި ބޭނުން ކުރާ ކެމިކަލް އުންސުރެއް.
chloroformކްލްރޮފޯމް. ނ. ފުއްޕާމެއަށް ގޮސްފިނަމަ ހޭނެތޭ ގޭހެއް އަރާ ދިޔާ ކެމިކަލެއް. –ކ. މި ބޭނުންކޮށްގެން މީހަކު ހޭނެއްތުން.
chorophyllކްލޮރޮފިލް. ނ. ގަސްގަހުގެ ފަތްތަކަށް ފެހިކަން ގެނެސްދޭ އެކުވި ކެމިކަލް މާއްދާއެއް.
chocޗޮކް. ނުރަސްމީ ބަހުރުވައިން ޗޮކްލެޓް. choc-ice ބޭރުގައި ޗޮކްލެޓް ލީ އައިސްކްރީމް ލޮލީއެއް.
chockޗޮކް. ނ. އެއްޗެއް ގުޑާފާނެތީ އަޑިއަށް ލާ އަނބެއް. މ. މަތިންދާ ބޯޓުގެ ފުރޮޅު ދަށަށް. –ކ. އަނބެއް ފުރޮޅެއްގެ ދަށަށް ނުވަތަ އެހެން ވެސް ގުޑާފާނެ އެއްޗެއްގެ ދަށަށް ލުން. ނއ. ނ. chock-a-block ތަކެތިން ފުރި ބާރުވެފައި. ނއ. chockfull ފުރިބާރުވެފައި.
chocolateޗޮކްލެޓް. ނ. 1. ކަކާއޯ ގަހުގެ މަދުން އުފައްދާ ކާނާއެއް. 2. މިއިން ތައްޔާރު ކުރާ ބުޔުމެއް. 3. މިއިން ތައްޔާރު ކުރާ މެޓައެއް. 4. ގަދަ މުށި ކުލަ. ނއ. chocolate 1. މީގެ ރަހަލާ ނުވަތަ ބޭރުގައި މި ލީ. 2. ގަދަ މުށި ކުލަ.
choiceޗޮއިސް. ނ. 1. ޚިޔާރު ކުރުން ނުވަތަ ޚިޔާރު ކުރުމުގެ ޙައްޤު އޮތުން. އިންތިޚާބު. އިޙްތިޔާރު. މ. އަހަރެންނަށް އެއްވެސް ޗޮއިސް އެއް ނެތެވެ = އަހަރެންނަށް އެއްވެސް އެހެން ގޮތެއް ނެތެވެ. 2. ވަކި އެއްޗެއް ހޮވުމަށް އެތައް އެއްޗެއް ކުރިމަތިވެފައިވާވުން. 3. އިޚްތިޔާރު ކުރާ މީހާ ނުވަތަ އިޚްތިޔާރު ކުރާ އެތި. މ. މިއީ އަހަރެންގެ ޗޮއިސް އެވެ. –ނއ. އެންމެ ފެންވަރު ރަނގަޅު. މ. ޗޮއިސް ބަނާނާސް. އެތައް ދޮންކޭލަކުން އެންމެ ރަނގަޅު ވައްތައް ހޮވުމުން ލިބޭހާ ފެންވަރު ރަނގަޅު. For choice އެންމެ އެދެވޭ ގޮތަކީ.
choirކްވަޔަރ. ނ. 1. ލަވަކިޔާ ބައެއްގެ ޖަމާޢަތެއް (ޚާއްޞަކޮށް ނަޞާރާދީނުގެ ފައްޅިތަކުގައި). 2. ފައްޅީގައި މި މީހުން ތިބޭ ތަން.
choirboyކޮޔަރބޯއި. ނ. ފައްޅީގައި ލަވަކިޔާ ފިރިހެން ކުއްޖެއް.
chokeޗޯކް. ޗޮއުކް. ކ. 1. ކަރު ބެނދުުމުގެ ސަބަބުން ނޭވާލާން ދަތިވުން. ކަރުގައި އެއްޗެއް ތާށިވުން. ކަރުގައި ޖެހުން. 2. ކަރުގައި ހިފުން. ކަރުން ނޭވާލާން ދަތިވާގޮތަށް ކަރަށް ފިއްތުން.
chokerޗޯކަރ. ނ. 1. އުސް ގިރުވާނެއް. ނަޞޯރާދީނުގެ ފާދިރިންގެ ލިބާހުގެ ގިރުވާނެއް. 2. ކަރުގައި އައްސާ ފީތާފަށެއް ނުވަތަ ގަހަނާއެއް.
choleraކޮލެރާ. ނ. ބޭރަށް ހިންގާ ގައިން ގަޔަށް އަރާ، ބައެއް ފަހަރު މީހުން މަރުވާ ނުރައްކާތެރި ބައްޔެއް.
cholericކޮލެރިކް. ނއ. ފަސޭހައިން ރުޅިއަންނަ. ގިނައިން ރުޅީގައި.
cholesterolކޮލެސްޓެރޯލް. ނ. ލޭހޮޅިތައް އެއިން ހަރުވާކަމަށް ބުނާ، ޖަނަވާރުގައި ހުންނަ ސަރުބީއެއް.
chooseޗޫސް. ކ. 1. އެތައް އެއްޗެއްގެ ތެރެއިން ވަކި އެއްޗެއް ޚިޔާރުކުރުން. ތޯރާލުން. 2. ޤަޞްދުކުރުން. އެއްޗަކަށް އެދުން. ވަކި އެއްޗެއް ހޮވުން. –ނ. chooser.
choosyޗޫސީ. ނއ. އެއްޗެއް ޚިޔާރުކުރުމުގައި ފަރުވާތެރި. ހިތްހަމަ ޖައްސައިދޭން ދަތި. ތޯރާލާ.
chopޗޮޕް. ކ. 1. ވަޅިއަކުން/ފުރޯއަކުން/ކޯރާޑިއަކުން ޖަހައި ބުރިކުރުން/ކޮށުން. 2. ތިރިއަށް ބާރުލާ ޖެހުން. –ނ. 1. ބުރިކުރަން ޖަހާ ޖެހުން (ޚާއްޞަކޮށް ކޯރާޑިއަކުން). 2. ބުރިކޮށްލަން ޖަހާ އެތިފަހަރު. 3. ބޯ މަސްގަނޑެއް، ޚާއްޞަކޮށް ޖަނަވާރެއްގެ މޭ ކައްޓަކާ އެކު. chop up ކުދިކޮށް ކޮށުން. Get the chop ވަޒީފާއިން ވަކިކޮށް ފޮނުވާލުން. މީހަކު ޤަތުލުކުރުން.
chopޗޮޕް. ކ. މިސްރާބު ބަދަލުކުރުން. ވަޔާއެކު މިސްރާބު އެނބުރުން. chop and change ބަދަލުކުރަމުން ގެންދިއުން.
chopperޗޮޕަރ. ނ. 1. ކަނޑާ، ބުރިކުރާ ކޮންމެވެސް އާލަތެއް. ކުޑަ ކޯރާޑިއެއް. 2. ނުރަސްމީ ބަހުރުވައިގައި ހެލިކޮޕްޓަރު.
choppyޗޮޕީ. ނއ. 1. ކުދި ރާޅުތަކުން ފުރިފައިވާ. 2. ކުއްލިކުއްލިޖަހާ، އޮމާންނޫން. ނ. choppiness.
chopsޗޮޕްސް. ނ. ޖަނަވާރެއްގެ ދަތްދޮޅި.
chopstickޗޮޕްސްޓިކް. ނ. ޗައިނާގައި ކާތަކެތި އަނގަޔާ ހަމައަށް އުފުލަން ގެންގުޅޭ ކުރު ދަނޑިކޮޅެއް.
chop-sueyޗޮޕް ސޫއި. ނ. ކުދި މަސްކޮޅުތަކަކާ އެކު، ބަތާއި ތަރުކާރީ ތެއްލައިގެން ހަދާ ސީނުކަރައިގެ ކާއެއްޗެއް.
choralކޯރަލް. ނއ. ކްވަޔަރ އެއް ކިޔުމަށް ހަދާފައިވާ ލަވަ. ކއ. chorally. choral society އެކުގައި ލަވަކިޔުމަށް އުފައްދާފައިވާ ޖަމްޢިއްޔާއެއް.
choraleކޮރާލް. ނ. ދީނީ ލަވަތައް ކިޔުމަށް، ކްވަޔަރ އަކަށް ހަދައިފައިވާ މިޔުޒިކް.
chordކޯޑް. ނ. މިޔުޒިކް ގުޅޭއިރު، އެތައް އަޑެއް އެއްފަހަރާ ކުޅުމުން ހުންނަ އަޑު.
chordކޯޑް. ނ. ގުދު ރޮނގެއްގެ ދެ ތަނެއް ގުޅާލަން ދަމާ ތެދު ރޮނގު.
choreޗޯރ. ނ. ޢާއްމުކޮށް ކުރާ މަސައްކަތެއް. ތަކުރާރުކޮށް ކުރަންޖެހޭ ކަމެއް.
choreographyކޯރިއޮގްރަފި. ނ. އިސްޓޭޖްމަތީގައި ނަށާ ނެށުމާއި ބެލޭ ގެ ނެށުން ތަރުތީބުކޮށް ކުރުމާ ބެހޭ ފަންނު. ނ. choreographer.
choristerކޮރިސްޓަރ. ނ. ކޮވަޔަރ އެއްގެ މެންބަރެއް.
chortleޗޯޓްލް. ނ. ގަދަ އުފާވެރި ހިނިގަނޑެއް. –ކ. މިގޮތަށް ހުނުން.
chorusކޯރަސް. ނ. 1. ލަވަކިޔުންތެރިންގެ ގުރޫޕެއް. 2. މިފަދަ ގުރޫޕަކަށް ހަދައިފައިވާ މިޔުޒިކް. 3. އެތައް ބަޔަކު އެއްފަހަރާ ކިޔަން ހަދައިފައިވާ ލަވަ ނުވަތަ އެހެން ވެސް އެއްޗެއް. 4. ލަވައެއްގައި ތަކުރާރުކޮށް ކިޔާ ބައި ނުވަތަ އެންމެ މުހިއްމު ބައި. 5. ހެއްވާ މިޔުޒިކް ހިމެނޭ ތަމްސީލެއްގައި ލަވަކިޔާ ނެށުންތެރިން. –ކ. ގުރޫޕެއްގެ ގޮތުގައި ލަވަކިޔުން، ވާހަކަދެއްކުން. In chorus އެއްކޮށް ވާހަކަ ދެއްކުން ނުވަތަ ލަވަކިޔުން.
chose, chosenޗޯސް. ޗޯޒަން. ބަލާ choose.
choughޗަފް. ނ. ރަތް ފައި ހިމެނޭ ކާޅު.
choux pastryޝޫ ޕޭސްޓްރީ. ނ. ކޭކު ހަދަން ބޭނުންކުރާ ވަރަށް ލުއި ފުއްގަނޑެއް.
chowޗައޮ. ނ. 1. ޗައިނާއަށް ނިސްބަތް ކުރެވޭ ކުއްތާގެ ބާވަތެއް. 2. ނުރަސްމީ ބަހުރުވައިން ކާނާ.
chow meinޗައު މޭން. ނ. ކުދިކޮށް ކޮށި މަހާއި ތަރުކާރީ އާއި ނޫޑްލްސް އެއްކޮށްގެން ތައްޔާރުކުރާ ޗައިނާ މީހުންގެ ކެއުމެއް.
christކްރައިސްޓް. ނ. ޢީސާގެ ފާނަށް ނިސްބަތްކޮށް ނަޞާރާއިން ކިޔާ ނަމެއް.
Christadelphianކްރިސްޓަޑެލްފިއަން. ނ. ނަޞާރާ ދީނުގައި ބުނާ ތިން ކަލާނގެ އަށް އިންކާރު ކޮށް، ޢީސާ ޢަލައިހިއްސަލާމް ފޮނުއްވާނެކަމަށް ޤަބޫލުކުރާ މީހެއް.
christenކްރިސްން. ކ. 1. ދީނީ ކަންތައްތަކެއް ކޮށްގެން ނަޞާރާދީނަށް މީހަކު ރަސްމީކޮށް ވެއްދުން. 2. ނަމެއް ނުވަތަ ކުރުކޮށް ކިޔާ ނަމެއް މީހަކަށް ކިޔަން ފެށުން. christening ނަޞޯރާ ދީނަށް ވައްދާ ނަންކިޔާ ރަސްމިއްޔާތު.
Christendomކްރިސަންޑަމް. ނ. ހުރިހާ ނަޞާރާއިން ޖަމާޢަތެއްގެ ގޮތުގައި، ނަޞާރާދީނުގެ މީހުން ގިނައިން އުޅޭ ޤައުމުތައް.
Christianކްރިސްޗިއަން. ނއ. 1. ކްރިސްޗިއަނިޓީ އަށް ނިސްބަތްވާ ޢަޤީދާތަކާ ބެހޭ. 2. ނަޞާރާ ދީނަށް ތަބަޢަވާ. 3. ޙަޤީޤީ ކްރިސްޗިއަނިޓީ އަށް ތަބަޢަވާ މީހެއްގެ ސިފަތައް ދައްކާ. –ނ. ނަޞާރާއެއް. ކްރިސްޗިއަން ދީނަށް ތަބަޢަވާ މީހެއް. Christian name ނަޞާރާދީނަށް ވެއްދި ރަސްމިއްޔާތުގައި މީހަކަށް ކީ ނަން ނުވަތަ ފުރަތަމަ ނަން. Christian Science ބޭސްނުކޮށް ނަޞާރާދީނަށްއުޅުމުން ފުރިހަމަ ޞިއްޙަތު ލިބޭނޭ ކަމަށް ބުނާ ޢަޤީދާއެއް. Christian Scientist މި ޢަޤީދާ ޤަބޫލުކުރާ މީހެއް.
Christianityކްރިސްޗިއަނިޓީ. ނ. 1. ނަޞާރާ ދީން. 2. ނަޞާރާކަން.
Christmasކްރިސްމަސް. ނ. ޢީސާގެފާނުން އުފަންވެ ވަޑައިގަތީ 25 ޑިސެމްބަރު ކަމަށް ބުނެ ނަޞާރާއިން ފާހަގަ ކުރާ ޢީދެއް. މި ދުވަސްވަރު. Christmas box މުވައްޒަފުންނަށް މި ދުވަހާ ދިމާކަށް ހަދިޔާއެއްލާފައިދޭ ފޮއްޓެއް. Christmas Eve ޑިސެމްބަރު 24 ވަނަ ދުވަސް. Christmas rose ޔޫރަޕުގެ ފިނި މޫސުމުގައި ހުދު މަލެއް އަޅާ ގަހެއް. Christmas tree ކްރިސްމަސް ދުވަހާ ދިމާކޮށް ތަކެތި އެލުވާ ބޮކި ދިއްލާ ހަދާ ގަހެއް.
christmassyކްރިސްމަސީ. ނއ. ޢީދެއްގައި ފެންނަ ފަދަ. ކްރިސްމަސްގެ އިޙްތިފާލުތަކާ ވައްތަރު.
chromaticކްރޮމެޓިކް. ނއ. ކުލައާ ގުޅޭ. ތަފާތު ކުލަތައް ހިމެނޭ. chromatic scale ސެމިޓޯނުން މައްޗަށް އަރާ ތިރިކުރާ މިޔުޒިކްގެ ސްކޭލެއް.
chromeކްރޯމް. ނ. 1. ކްރޮމިއަމް. 2. ކްރޮމިއަމްގެ އެކުވިއަކުން އުފައްދާ ރީނދޫ ކުލައެއް.
chromiumކްރޮމިއަމް. ނ. ކްރޯމިއަމް. ކެމިކަލް އުންސުރެއް. ސްޓެއިންލަސް ސްޓީލް އުފެއްދުމަށާއި އެހެން މަޢުދަން ތަކެތީގެ ބޭރުގައި ރިހި ކުލައެއް ދުއްވުމަށް ބޭނުންކުރާ ހަރު ލޯހާ (މެޓަލް) އެއް.
chromosomeކްރޯމޮސޯމް. ނ. ޖީންސް ހިމެނޭ ސެލްގައިވާ ވަރަށް ކުޑަ ރޮނދިގޮތަށް ހުންނަ އެއްޗެއް.
chronicކްރޮނިކް. ނއ. 1. (ބައްޔާ ބެހޭގޮތުން) ޖެހިފައިވާތާ އެތައް ދުވަހެއް. ދުވަސްދުވަސްކޮޅުން އަލުން ޖެހޭ. ދާއިމީ. 2. ބައްޔެއް ނުވަތަ އާދައެއް އެތައް ދުވަހެއް ވަންދެއް މެދުނުކެނޑި ކުރިއަށްދާ. 3. ނުރަސްމީ ބަހުރުވައިގައި ހިތްގައިމު ނޫން. މ. މޫސުން ކްރޮނިކް އެވެ. ކއ. chronically.
chronicleކްރޮނިކަލް. ނ. އެކަމެއް ވީ ތާރީޚުން ނުވަތަ ތަރުތީބުން އަތުރާފައިވާ ހާދިސާތަކެއްގެ ރެކޯޑު. ތަޙުރީރު. –ކ. ކްރޮނިކަލް އެއްގައި ރެކޯޑުކުރުން. ނ. chronicler.
chronologicalކްރޯނޮލޮޖިކަލް. ނއ. ކަންތައްތައް ވީ ތަރުތީބުން އަތުރާފައިވާ. ކއ. chronologically.
chronologyކްރޯނޮލޮޖީ. ނ. ކަން ހިނގި ތާރީޚާއި ވަގުތުގެ ހަމައިން ކޮށްފައިވާ ހާދިސާތަކެއްގެ ތަރުތީބު. މ. ޤައުމެއްގެ ތާރީޚް.
chronometerކްރޮނޮމީޓަރ. ކްރޯނޮމީޓަރ. ނ. ގިނައިން ނެވިކަމުގައި ބޭނުން ކުރާ ވަރަށް ބަރާބަރަށް ހިނގާ ގަނޑިއެއް. ކަރުނާމާޓަރު.
chrysalisކްރިސޭލިސް. ނ. ކޮކާ ނުވަތަ ބަޅިނދު ފަންޏެއް ކޮކާލަކަށް ވުމުގެ ކުރިން ފަނީގެ ބޭރުން ލެވޭ ތޮށިގަނޑެއް.
chrysanthކްރިސެންތް. ނ. ކުރުގޮތަކަށް ކްރިސެންތެމަމް
chrysanthemumކްރިސެންތެމަމް. ނ. ކުލަގަދަ މައު އަޅާ ބަގީޗާ ގަހެއް. ބަނަފުސާ. ކުރުކޮށް މަމް ނުވަތަ ކްރިސެންތް.
chubޗަބް. ނ. ކޯރުތަކުގައި އުޅޭ މަސްގަނޑު ބޯ މަހެއް.
chubbyޗަބީ. ނއ. ފަލަކޮށް ވައްކޮށް. މ. މީހެއްގެ މޫނު ނުވަތަ ކުޑަކުއްޖެއް.
chuckޗަކް. ކ. 1. ފަރުވާލެއް ނެތި އެއްލުން. 2. ދޫކޮށްލުން. އިސްތިއުފާ ދިނުން. 3. ދަތްދޮޅި ދޮށުގައި މަޖަލަކަށް އަތްލުން. –ނ. 1. މަޖަލަކަށް މީހެއްގެ ގައިގައި އަތްލާ އަތްލުން. 2. ވަޒީފާއިން ވަކިކުރާ ވަކިކުރުން. chuck out އެއްލާލުން. ނުހޮރުއްޕާން ކުރާތީ މީހަކު ފޮނުވާލުން. chucker out ބައްދަލުވުމެއްގައި މީހުން ބޭރަށް ފޮނުވާލަން ޢައްޔަނުކޮށްފައި ހުންނަ މީހާ.
chuckޗަކް. ނ. 1. ބުރުމާއެއްގެ ކަށި އޭގައި ހަރުކުރާ ބޯ. ލޭތެއްގެ ބޯ. 2. ކަނދުރާއިން ފެށިގެން މޭކައްޓާ ދެމެދުގެ ގެރީގެ މަސް.
chuckleޗަކްލް. ނ. ނުހޭން ހިފަހައްޓައިގެން ހޭ މަޑު ހުނުން. –ކ. މިގޮތަށް ހުނުން.
chuddarޗުއްޑަރ. ނ. މުސްލިމް އަންހެނުން، މޫނު ނޫން އެހެންތަނެއް ނުފެންނަ ގޮތަށް ލާ ހެދުން.
chuffedޗަފްޑް. ނއ. ނުރަސްމީ ބަހުރުވައިން 1. ހިތްހަމަ ޖެހިފައި، 2. ނުރުހުން ވެފައި.
chugޗަގް. ކ. ލަސްލަހުން ފޫހި އަޑެއް ތަކުރާރުކޮށް އިއްވުން. މ. އިންޖީނެއް ވަރަށް މަޑުން ހިނގާއިރު ކިޔާ އަޑުހެން. –ނ. މިގޮތަށް ކިޔާ އަޑު.
chukkerޗަކަރ. ނ. ޕޯލޯ ކުޅިވަރުގައި ކުޅޭ މުއްދަތެއް.
chumޗަމް. ނ. ނުރަސްމީ ބަހުރުވައިން ގާތް ރައްޓެއްސެއް. chum up ނުރަސްމީ ބަހުރުވައިން ގާތް ރައްޓެހިކަމެއް އުފެއްދުން.
chummyޗަމީ. ނއ. މީހުންނާ ވަރަށް ރައްޓެހި. ނުރަސްމީ ފުލުހުންގެ ބަހުރުވައިގައި ތަޙްޤީޤު ކުރަމުންދާ ކުށް ކުރި މީހާއަށް ދޭ ވަނަން.
chumpޗަމްޕް. ނ. 1. ނުރަސްމީ ބަހުރުވައިން ބޯ (އިންސާނާގެ). 2. ވިސްނުންކޮށި މީހެއް. chump chop ބަކަރީގެ ބަނޑުގެ ދެފަރާތު މަސްގަނޑުން މަސްކޮޅެއް.
chunkޗަންކް. ނ. 1. ކޮންމެވެސް އެއްޗެއްގެ ފަތިކަން ބޯ އެތިކޮޅެއް. 2. ބޮޑު ބައެއް. މ. އޭނާގެ ވާރުތައިން ޗަންކެއް އަހުރެންނަށް ލިބުނެވެ.
chunkyޗަންކީ. ނއ. 1. ކުރު އަދި ފަލަ. 2. އެއްޗެއް ކުރުކޮށް ފަލަކޮށް ހުރުން މ. މަސްދަޅެއްގައި މަސް.
chupattyޗުޕާޓި. ނ. ކަމީރު ނުކޮށް ފިހާ ތުނި ކޭކެއް. ރޮށި.
churchޗާރޗް. ނ. 1. ނަޞާރާ ދީނުގެ މީހުން އަޅުކަންކުރާ ޢާއްމު މީހުންނަށް ވަދެވޭ ޢިމާރާތެއް. 2. މިތަނުގައި ބާއްވާ އަޅުކަމެއް. 3. މި ދީނުގެ އެންމެން ނުވަތަ މި ދީނުގެ ވަކި މަޒުހަބެއްގެ އެންމެން. މ. އޭންގްލިކަން ޗާރޗް. 4. މިތަނުގެ އިސްވެރިން. ވަޒީފާއެއްގެ ގޮތުގައި މިތަނުގައި އުޅޭ އުޅުން. –ކ. ވިހެއުމުން ނަޞާރާއިން ޝުކުރުވެރިވުމުގެ ގޮތުން އަންހެނަކަށް ބާއްވާ ދުޢާވެރިކަމެއް. church of England ޕޯޕްގެ ވެރިކަން ޤަބޫލު ނުކުރާ ނަޞާރާއިންގެ ބައެއް.
churchmanޗާޗްމޭން. ނ. 1. ނަޞޯރާދީނުގެ ފައްޅީގެ މުވައްޒަފުން. 2. ވަކި ފައްޅިއަކަށް ގޮސް އުޅޭ މީހެއް.
churchwardenޗާރޗްވޯޑްން. ނ. ޗާޗް މަސައްކަތުގައި އެހީތެރިވާ ސަރަޙައްދުގެ މަންދޫބެއް.
churchyardޗާޗްޔާޑް. ނ. ޗާޗެއްގެ ބިން (ބައެއް ފަހަރު މީހުން ވަޅުލާ).
churlishޗާރލިޝް. ނއ. ބޭއަދަބީ. ގޮތެއް ފޮތެއް ނެތް. ފެންނަ ފެނުމުގައި އަރައިގަނެފާނެ ވައްތަރު ޖަހާ މ. މީހުން އަދި މޫސުން. –ކއ. churlishly. ނ. churlishness.
churnޗާރން. ނ. 1. ކިރު، ބަޓަރަށް ހަދަން އެ ކިރު ގަށާ މެޝިނު. 2. ދަނޑަކުން ކިރު ގެންނަ ބޮޑު ދަޅެއް. –ކ. ބަޓަރު ހެދުމަށް ކިރު ގެށުން. 2. ބޮޑަށް ތެޅުވުން ނުވަތަ އެނބުރުން. 3. ފެންވަރެއް ނެތް ތަކެތި ގިނައިން އުފެއްދުން. މ. އޭނާ ވާހަކަފޮތްތައް ޗާރން ކުރެއެވެ.
chuteޝޫޓް. ނ. ތަކެތި ކައްސާލައިގެން ތިރިއަށް ފައިބާގޮތަށް ހުންނަ ކަތިކޮށް ނުވަތަ އޮލަނބަށް ހުންނަ ހޮޅިއެއް ނުވަތަ މަގު.
chutneyޗަޓްނީ. ނ. މޭވާއާއި ރާހުތާއި ހަވާދާއި އިތުރު ތަކެތި އަޅައިގެން ހަދާ ރަހަގަދަ ކާއެއްޗެއް. އަސާރަ.
CIAސީ.އައި.އޭ. ނ. ކުރުކޮށް އެމެރިކާގެ މައި ޖާސޫސީ އިދާރާ – ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ.
ciaoޗައޮ. ގޮވާލާ ލަފުޒެއް. ނުރަސްމީ ބަހުރުވައިން ހަލޯ ނުވަތަ ގުޑް ބައި.
cicadaސިކާޑާ. ނ. ތޫލި އަޑެއް ލައްވާ މަސްކާށި ވައްތަރުގެ ހަޝާރާއެއް. (ހަފައިލީ ސުއިއްޕެއް).
cicatriceސިކެޓްރިސް. ނ. ފާރުގަނޑެއް ނުވަތަ ކެފުނު ތަނެއް ފަސޭހަވުމުން ހުންނަ ލައް. ލަކުނު.
CIDސީ.އައި.ޑީ. ނ. ކުރުކޮށް އިނގިރޭސި ވިލާތުގެ ތަޙްޤީޤާ ބެހޭ މައި މަހަކުމާ – ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް.
ciderސައިޑަރ. ނ. އާފަލުން އުފައްދާ ރަލެއް.
c.i.fސީ.އައި.އެފް. ކުރުކޮށް ކޯސްޓް (އަގު).އިންޝުއަރަންސް. ފުރައިޓް (ނާލު).
cigarސިގަރ. ނ. ބުޔުމަށްޓަކައި އަނބުރާފައިވާ ދުންފަތް ފޯލި. ސުއްޓާ.
cigaretteސިގަރެޓް. ނ. ތުނިކަރުދާހަށް އޮޅާފައި ހުންނަ ކޮށި ދުންފަތް. ބިޑި.
cinchސިންޗް. ނ. އެމެރިކާގެ ނުރަސްމީ ލަފުޒެއް. ޔަޤީން ކަމެއް. ފަސޭހަ ލުއި މަސައްކަތެއް.
cinderސިންޑަރ. ނ. ކޮންމެވެސް ވަރަކަށް އަނދައިފައިވާ ލަކުޑި ނުވަތަ ކޯލާ އެތިކޮޅެއް. ހުޅުނެތް ރަތް ދެލި. މަޢުދަން ވިރުވީމާ މައްޗަށް އަރާ ސާފުނޫން ބައި. cinders އަޅި. cinder-track މީހުން ދުވަން، މިބާވަތުގެ އެއްޗެތި އަޅައިގެން ހަދާ ޓްރެކެއް ނުވަތަ މަގެއް.
cindrellaސިންޑްރެއްލާ. ނ. އެހެން މީހުން ނުވަތަ އެއްޗެތި ޚިޔާރުކޮށް އަބަދުވެސް ދޫކޮށްލާ މީހެއް ނުވަތަ އެއްޗެއް.
cineސިނި. ނއ. ސިނިމެޓޮގްރާފި (ފީތާއަށް ނަގާ ފިލްމާ އާ ގުޅޭ). މ. ސިނި-ކެމެރާ، ސިނި-ޕްރޮޖެކްޓަރ، ސިނި-ފިލްމު.
cinemaސިނަމާ. ސިނެމާ. ނ. 1. ބައިސްކޯފު ދައްކާ ގެއެއް ނުވަތަ ތިއޭޓަރެއް. 2. ފަންނީކަމެއްގެ ގޮތުގައި ނުވަތަ ވިޔަފާރިއެއްގެ ގޮތުގައި ފިލްމުކުޅުން.
cinematographyސިނަމަޓޮގްރެފި. ނ. ބައިސްކޯފު ދައްކަން ފޮޓޯނެގުމުގެ ފަންނު. ނއ. cinematographic. ބައިސްކޯފު ދައްކަން ފޮޓޯނެގުމާ ބެހޭ.
cinerariaސިނެރާރިއާ. ޑޭޒީމާހެން މައު ހުންނަ ގަދަ ކުލަތަކެއްގެ މައު އަޅާ ގަހެއް.
cinerary urnސިނެރަރީ އާރން. ނ. މަރުވުމުން ހަށިގަނޑު އަންދާލުމަށް ފަހު އުފެދޭ އަޅި އަޅާ ކުޑަ ގުޅިއެއް.
cinnamonސިނަމަން. ނ. 1. ރަހަ ލެއްވުމަށް ބޭނުންކުރާ ގަހެއްގެ އެތެރޭ ތޮށި. ފޮނިތޮށި. 2. ފޮނިތޮށީގެ ކުލަ.
cipherސައިފަރ. 1. ސުމެއް. 2. ހިސާބު ގެ ވިޔަ އަކުރުތައް. 3. އެއްވެސް ގޮތަކަށް މުހިއްމު ނޫން މީހެއް ނުވަތަ އެއްޗެއް. 4. ސިއްރުން މެސެޖު ފޮނުވުމަށް ލިޔާ އަކުރުނޫން އެހެން އަކުރަކަށް ޙަޤީޤަތުގައި ނިސްބަތްވާ ލިޔުމުގެ ނިޒާމެއް. –ކ، ސައިފަރ އިން ލިޔުން.
circaސާކާ. ޕ. ގާތްގަޑަކަށް މ. އޭނާ ވިހެއީ ސާކާ 1850 ގައެވެ.
circleސާރކްލް. ނ. 1. ފުރިހަމައަށް ވަށް ބުރުހަމަ ބައްޓަމެއް. 2. މެދުން ފަށައިގެން ހުރިހާ ދިމާއަކަށް އެއް ދުރުމިނެއް ހުންނަ ރޮނގު. 3. މި ސިފަ ޖަހާ އެއްޗެއް، މ. އަނގޮޓި. 4. ތިއޭޓަރެއްގައި އެންމެ ތިރީ ގޮނޑިބަރިން މައްޗަށް ވަށްކޮށް ހުންނަ ބަރިތައް. 5. ޝައުޤުވެރިކަން ހުންނަ އެއް ކަމެއްގެ ސަބަބުން ގުޅިފައިވާ މީހުންގެ ޖަމާޢަތެއް. މ. ބިޒްނަސް ސާރކްލްތައް. –ކ. ވަށައިގެން ޙަރަކާތްކުރުން. ވަށައިގެން ބުރެއް ހެދުން. come full circle ކަންތައްތަކެއް ތަޖުރިބާ ކުރަމުން ގޮސް ކުރިން ފެށިތަނަށް އާދެވުން. Go round in circles އެއްވެސް ކުރިއެރުމެއް ނަތީޖާއެއް ނުލިބި އަވަދިނެތި ކަމެއްގައި އުޅުން.
circletސާރކްލިޓް. ނ. ބޮލުގައި އަޅާ ވަށް ބޮޅެއް، ބޭންޑެއް ނުވަތަ އެފަދަ އެއްޗެއް.
circsސާރކްސް. ނ. ނުރަސްމީ ބަހުރުވައިން ސާރކަމްސްޓަންސްތައް. ޙާލަތްތައް.
circuitސާރކިޓް. ނ. 1. ތަނެއްގެ ވަށައިގެން ވާ މަގު ނުވަތަ ރާސްތާ. 2. ކުދި ސަހަރުތަކުގައި އެއް ފަޑިޔާރަކު އެކި ތަންތަނަށް ޝަރީޢަތް ކުރަމުން ކުރާ ދަތުރު. 3. ސަރަހައްދެއްގައިވާ ފައްޅިތަކުގެ ގުރޫޕެއް. 4. ކުޅިވަރުތަކެއްގެ ސިލްސިލާއެއް. 5. ކާރު ރޭސް ޖަހާ ރާސްތާ. 6. ސިނަމާ ނުވަތަ ތިއޭޓަރުތަކެއްގެ ގުރޫޕެއް. 7. ކަރަންޓު ދަތުރުކުރާ ދެކޮޅު ގުޅިފައިވާ މަގު. 8. ތަފާތު އިލެކްޓްރޮނިކް ކުދިކުދިތަކެތި ހިމެނިގެން ވަކި ކަމެއް ކުރާ އެއްޗެއް. circuit-breaker ކަރަންޓް ދަތުރުކުރުން ހުއްޓުވާލާ/ކަނޑާލާ އެއްޗެއް.
circuitousސާރކިޓަސް. ނއ. ސީދާ ނޫން މ. ދަތުރެއްގެ ރާސްތާ. ތެދަށް ނޫން. މ. ކަމެއް ވީގޮތް ސާރކިޓަސް ގޮތަކަށް އޮޅުންފިލުވާ ދިނުން.
circuitryސާރކިޓްރީ. ނ. ސާކިޓްތައް ނުވަތަ މިތަކެތި ހިމެނޭ އާލަތްތައް.
circularސާރކިޔުލަރ. ނއ. 1. ވަށްބުރެއްގެ ސިފަޖަހާ. 2. ވަށައިގެން ދައުރުކުރާ. މ. ސާކިޔުލަރ ދަތުރަކީ ފުރިތަނަށް އަނބުރާ އާދެވޭ ދަތުރެވެ. 3. (ވިސްނާގޮތުގައި) ސުބޫތުކުރަން ފެށި ކަންތައް، ނަތީޖާއެއްގެ ގޮތުގައި ހެއްކެއްގެ ގޮތުގައި ދެއްކުން. 4. ވަކި ކަމެއް ކުރާ މީހުންގެ ބުރެއްގައިވާ އެންމެންނަށް ފޮނުވާ ސިޓީއެއް ނުވަތަ ލިޔުމެއް.
circularizeސާރކިޔުލަރައިޒް. ކ. ސާރކިޔުލަރ އެއް ބަޔަކަށް ފޮނުވުން.
circulationސާރކިޔުލޭޝަން. ނ. ދައުރާނާ ވަމުންދާ ދިއުން. ވަށައިގެން ހިނގާ ނުވަތަ ކުރާ ޙަރަކާތް. 2. ހަށިގަނޑު ވަށައިގެން (ހުރިހާ ތަނަކަށް) ހިތުން ލޭ ފޮނުވާ ފޮނުވުން. 3. ނޫހެއް ނުވަތަ މަޖައްލާއެއް އެކި ތަންތަނަށް ފޮނުވާ ނުވަތަ ވިކޭ ޢަދަދު.
circulatoryސާރކިޔުލޭޓަރި. ނ. ހަށިގަނޑުގައި ލޭހިނގުމުގެ ނިޒާމަށް ނިސްބަތްވާ.
circumciseސާރކަމްސައިޒް. ކ. ދީނީ ނުވަތަ އާދަކާދައެއްގެ ގޮތުގައި، ޒަކަރުގެ ކުރީގެ ހަންކޮޅު ކުޑަކޮށް ކަނޑައިލުން. ޚިތާނުކުރުން. ބޭންދުން. ނ. circumcision.
circumferenceސާކަމްފަރަންސް. ނ. ވަށްބުރެއް ގެ އަރިމަތި. މި އަރިމަތީގެ ދިގުކަމުގެ މިންވަރު. ވަށަމިން. މުޙީޠު.
circumflex accentސާރކަމްފްލެކްސް އެކްސެންޓް. ނ. އިނގިރޭސި ވަވަލް (ލީން) އަކުރެއްގެ މަތީގައި ޖަހާ ނިޝާނެއް. މ. އިނގިރޭސި އަކުރު އީ ގެ މަތީގައި: fête.
circumlocutionސާރކަމްލޮކިޔުޝަން. ނ. 1. އެންމެ ލަފުޒެއް ބޭނުންވާ ތަނަކަށް އެތައް ލަފުޒެއް ބޭނުން ކުރުން. 2. ރެކެންދައްކާ ވާހަކަ.
circumnavigateސާރކަމްނެވިގޭޓް. ކ. ރިޔާނަގައިގެން ބައްރެއް ނުވަތަ އެހެންވެސް ތަނެއް ވަށައިގެން ދުއްވުން. ނ. circumnavigation.
circumscribeސާރކަމްސްކްރައިބް. ކ. 1. ރޮނގެއް ވަށައިގެން އެޅުން. 2. އެއްޗެއްގެ ހުދޫދު ކަނޑައެޅުން. ކަމެއް ކުރިއަށް ވުރެ ކުޑަކުރުން. ނ. circumscription.
circumspectސާރކަމްސްޕެކްޓް. ނއ. ފާރަވެރި އަދި އަތުވެދާނެ ގެއްލުމަށް ހޭލުންތެރި. ނ. circumspection.
circumstanceސާރކަމްސްޓަންސް. ނ. 1. ހާދިސާ އަކާއި ނުވަތަ މީހަކާއި ނުވަތަ ޢަމަލަކާ ގުޅިފައިވާ ޙާލަތެއް ނުވަތަ ޝަރުތެއް. މ. he is a victim of circumstances އޭނާއަށް ދިމާވި ކަންތައްތަކަކީ އޭނާއަށް ކޮންޓްރޯލް ކުރެވޭނޭ ކަންތައްތަކެއް ނޫން. what are his circumstances އޭނާގެ މާލީ ޙާލަތް ކިހިނަކުން ހެއްޔެވެ؟ they live in reduced circumstances ކުރިން އުޅުނު ތަނަވަސްކަމާ އަޅާބަލާއިރު ފަޤީރުކަމުގައި. 2. ރަސްމިއްޔާތާއި ޢިއްޒަތްދެއްކުން. މ. ޕޮމްޕް އެންޑް ސާރކަމްސްޓަންސް. In/under the circumstances އެ ޙާލަތްތަކަކަށް ރިއާޔަތް ކުރުމަށް ފަހު. Under no circumstances ކޮންމެ ކަމެއް މެދުވެރިވިއަސް.
circumstantialސާރކަމްސްޓެންޝަލް. ނއ. 1. ފުރިހަމަ މަޢުލޫމާތު ދޭ. 2. ކަމެއް މެދުވެރި ވިގޮތަށް ވަރަށް ބޮޑަށް ބާރުދޭ ނަމަވެސް ސީދާ ހެކި ނުދޭ. circumstantial evidence. ކއ. circumstantially.
circumventސާރކަމްވެންޓް. ނ. ކުރިމަތިވެފައިވާ ކަމަކުން ސަލާމަތްވުން ޚާއްޞަކޮށް ފިކުރު ބޭނުންކޮށްގެން ނުވަތަ ގަވާއިދާ ޚިލާފަށް. ފިލުން. ނ. circumvention.
circumvolutionސާރކަމްވޮލޫޝަން. ނ. އެނބުރުން. އެއްޗެއް ފެލެން ހިފާ ފަދަ ޙަރަކާތް.
circusސާރކަސް. ނ. 1. އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ މަޖާ މީހުންނާއި، ކަސްރަތުގެ އާދަޔާ ޚިލާފު ކަންތައްތައް ކުރާ މީހުންނާއި ޖާދޫ ހަދާ މީހުންނާއި ހައިރާން ކުރުވަނިވި ޖަނަވާރު ހިމެނޭ ޝޯއެއް. ޗަރުކޭސް. 2. ނުރަސްމީ ބަހުރުވައިން ޙަރަކާތްތައް ގިނަ މަންޒަރެއް. 3. ނުރަސްމީ ބަހުރުވައިން ތަޤުރީރުކުރާ ބައެއްގެ ޙަރަކާތްތަކެއް ނުވަތަ ކުޅިވަރު ކުޅޭ މީހުންގެ ޖަމާޢަތެއްގެ ޙަރަކާތްތަކެއް (އެކުގައި ނުވަތަ ފުލުފުލުގައި). ސަހަރުތަކަށް ނަންކިޔާ އިރު، އެތައް މަގެއް އެއްވާ ތަނެއްގައި ހުސްކޮށް އޮންނަ ތަނެއް. މ. ޕިކެޑިލީ ސާރކަސް.
cirrhosisސިރޯސިސް. ނ. ގިނައިން ރާބޯ މީހުންގެ ޗިސްމޭ އަށް ޖެހޭ ބައްޔެއް. މި ބަލިޖެހުމުން ޗިސްމޭގައި ހުންނަނީ އުންތަކެއް ނަގާފައެވެ.
cirrusސިރަސް. ނ. ވަރަށް ލުއި ކުދިކޮށް ދެމިފައި ހުންނަ ވިލާ.
cissyސިސީ. ނ. އަންހެން ވައްތަރު ޖަހާ ނުވަތަ ކެރުން ނެތް ފިރިހެން ކުއްޖެއް ނުވަތަ މީހެއް.
cistercianސިސްޓަރޝަން. ނ. ނަޞާރާދިނުގެ ކެތޮލިކް މަޒުހަބުގެ ޠަރީޤާއެއް.
cisternސިސްޓާރން. ނ. ފެން ގުދަންކުރާ ތާނގީއެއް. ފާޚާނާ ފްލަޝްކުރާ ބައި.
citadelސިޓަޑެލް. ނ. 1. ސަހަރެއް ދިފާޢުކުރަން ބިނާކޮށްފައިވާ ކިއްލާ. 2. ސެލްވޭޝަން އާރމީ ކިޔާ ފަޤީރުންނަށް އެހީވާ ނަޞާރާދީނުގެ ޖަމާޢަތެއްގެ މީހުން ބައްދަލުކުރާ ތަން.
citeސައިޓް. ކ. ޖަދަލަކަށް ބާރުދޭން ނުވަތަ މިސާލެއްގެ ގޮތުގައި ނަންގަތުން ނުވަތަ ޙަވާލާދިނުން. ނ. citation.
citizenސިޓިޒަން. ނ. 1. ސިޓީއެއްގެ އަހުލުވެރިއެއް. 2. ވަކި ޤައުމަކަށް ނިސްބަތްވުމުން ލިބޭ ހުރިހާ ޙައްޤެއް ލިބިފައިވާ މީހެއް. ރައްޔިތެއް. ނ. citizenship. ނ. citizen’s band އަމިއްލަ މުވާޞަލާތަށް ބޭނުންކުރާ ރޭޑިއޯ ފްރީކްއެންސީތަކުން ގުރޫޕެއް.
citric acidސިޓްރިކް އެސިޑް. ނ. ހުތް މޭވާ މ. ލުބޯ ތަކުގައި ހުންނަ އެސިޑްގެ (ހުތުގެ) ބާވަތެއް.
citrusސިޓްރަސް. ނ. ގަސްތަކުގެ ގިންތިއެއް. މި ގަސްތަކުގެ ތެރޭގައި ހިމެނެނީ ހުތް މޭވާ އަޅާ ލުބޯ، ނާރިނގު ފަދަ ގަހެވެ.
cityސިޓީ. 1. ބޮޑު މުހިއްމު ސަހަރެއް. 2. ކެތީޑްރަލް އަކާއި ޚާއްޞަ ޢިނާޔަތްތަކެއް ލިބިގެންވާ ބޮޑު އަވަށްގަނޑެއް.
civetސިވެޓް. ނ. 1. ސިވެޓް ބުޅާ. މި ބާވަތުގެ އެފްރިކާގައި އުޅޭ ޖަނަވާރެއް. 2. ގޮމަކަސްތޫރީގެ ވަސްހުންނަ، ޒަބާދުބުޅަލުގެ ނަގުލުގެ ބުޑުގައި ހުންނަ ގޮށެއްގައި އުފެދޭ އެއްޗެއް. މިއީ އަތަރު އަދި ބޭސް ހެދުމަށް ނަގާ ހިކި ދިޔައެއް. ޒަބާދު.
civic ސިވިކް. ނއ. ސިޓީ ނުވަތަ މީހުން ގިނަ ސަހަރަކަށް ނުވަތަ އެތަނުގެ އަހުލުވެރިންނަށް ނިސްބަތްވާ. civic centre ސަހަރެއްގެ ވެރިކަން ހިންގާ މައި ޢިމާރާތްތައް ހިމެނޭ ސަރަޙައްދު. civics ސަހަރެއްގެ ސަރުކާރު ހިންގާނެ ގޮތާއި، އަހުލުވެރިންގެ ޙައްޤުތަކާއި މަސްއޫލިއްޔަތު ތަކާ ބެހޭ ޢިލްމު.
civilސިވިލް. ނއ. 1. ސަހަރެއްގެ ރައްޔިތުންނާ ބެހޭ ނުވަތަ ގުޅޭ. މ. ސިވިލް ލިބަރޓީ – ރައްޔިތެއްގެ މަންފާއަށް އެކަނި ޤާނޫނީ ގޮތުން ހަނިކޮށްފައިވާ މިނިވަންކަން. 2. ސިފައިން ނުހިމަނައި ޢާއްމު މީހުން. ސިވިލް އޭވިއޭޝަން – ހަނގުރާމަ މަތީ މަތިންދާބޯޓުގެ އެހެން އުދުހުން ތައް. ސިވިލް މެރިޖް- ފައްޅިއަކަށް ނުގޮސް ކުރާ ކައިވެނި. 3. ޝަރީޢަތާ ނުގުޅޭ ޢާއްމު މީހުންގެ ދޭދޭ މައްސަލަތަކާ ގުޅޭ. ސިވިލް ޑިސްޕިއުޓް – ދޭދޭ ބައެއްގެ މެދުގައި އުފެދޭ ޚިލާފީ މައްސަލައެއް. 4. ނިޔަނެތި އަދި މީހުންނަށް އޯގާތެރި. ކއ. civilly. civil engineering މަގާއި ފާލަމާއި މިފަދަ ބިނާ ތަކާ ގުޅޭ އެންޖިނިއަރިންގ. civil law ޝަރްޢީ ކުށްތަކުގެ ބަދަލުގައި، ދޭދޭ މީހުންގެ ޙައްޤުތަކާ ބެހޭ ޤާނޫނު. civil rights ރައްޔިތުންގެ ޙައްޤުތައް. civil servant ސިވިލް ސާރވިސްގެ މުވައްޒަފެއް. civil service ދައުލަތެއްގެ ސިފައިން ފިޔަވައި އެހެން ހުރިހާ މަޙަކްމާއެއް. civil war ޤައުމެއްގެ ދެ ގުރޫޕެއްގެ ދެމެދުގައި ހިނގާ ހަނގުރާމަ. އަހުލީ ހަނގުރާމަ.
civilianސިވިލިއަން. ނ. ޤައުމެއްގެ ސިފައިންގެ ތެރޭގައި ނުހިމެނޭ މީހެއް.
civilityސިވިލިޓީ. ނ. އަދަބު އަޚްލާޤު، ކިޔާސާ. މީހުންނާ މުޢާމަލާތްކުރުމުގައި ގެންގުޅޭ ރީތި ހަމަތައް. މިފަދަ ކަމެއް.
civilizationސިވިލިޒޭޝަން. ނ. 1. ޖަންގަލީގެ ގޮތް ދޫކޮށް، ދިރިއުޅުން ތަހުޒީބީ ގޮތަކަށް ހަމަޖެހިގެން ވުން. ތަމައްދުން. ޙަޟާރަތު. 2. ތަހުޒީބު ވެގެން ވުން. 3. ތަހުޒީބީ ޙާލަތްތައް. މ. މިރަށު މީހުން ޤަޟާޙާޖާ ކުރާގޮތް ވަނީ ސިވިލިޒޭޝަނާ މާ ދުރުގައެވެ.
civilizeސިވިލައިޒް. ކ. 1. ޖަންގަލީ ދިރިއުޅުމުން ތަރައްޤީ ވެފައިވާ ޙާލަތަކަށް ބަދަލުވުން ނުވަތަ ކުރުން. ތަމްދީދުކުރުން. 2. މީހެއްގެ އުޅުން ރަނގަޅުކުރުން.
civviesސިވިޒް. ނ. ނުރަސްމީ ބަހުރުވައިން (ސިފައިން ނުވަތަ ޚާއްޞަ ޔުނިފޯމްތައް ފިޔަވައި) ޢާއްމު މީހުންގެ ހެދުން.
clސީ.އެލް. ކުރުކޮށް ސެންޓިލީޓަރ.
clackކްލެކް. ނ. 1. ދެ ތަށިޖެހުމުން ކިޔާ ކަހަލަ ކުރު ހަރު އަޑެއް. 2. އަނގަތެޅުމުގެ އަޑު. –މިފަދަ އަޑެއް ލެއްވުން ނުވަތަ އުފެއްދުން.
cladކްލެޑް. ނއ. ހެދުން އަޅައިގެން މ. ވޯރމްލީ ކްލެޑް – ހޫނުވާގޮތަށް ހެދުން އަޅައިގެން. މ. އަޔަން-ކްލެޑް. ބޭރު ފަރާތުގައި ދަގަނޑު ޖަހާފައި (ދަގަނޑުން ރައްކާތެރިކޮށްފައި).
claddingކްލެޑިން. ނ. އެއްޗެއް ރައްކާތެރިކުރުމަށް ބޭރު ފަރާތުގައި ޖަހާ މަޢުދަން ނުވަތަ އެހެން ވެސް އެއްޗެއް. މ. ދޯންޏެއްގެ ތިރީގައި ޖަހާ ރަތުލޯ ފަތް.
cladeކްލެއިޑް. ނ. އެއް ދިރުން ހުރި އެއްޗަކުން އުފެދިގެން އައި ދިރުންތަކެއްގެ ގުރޫޕެއް.
cladisticsކްލެޑިސްޓިކްސް. ނ. ދިރުން ހުންނަ ތަކެތީގެ ގުރޫޕެއްގެ މެދުގައިވާ ގުޅުންތައް ތަޙްޤީޤުކުރާގޮތެއް. މި ގޮތުގައި އެ ހުރިހާ ތަކެއްޗެއްގެ މެދުގައި ޢާއްމު ސިފަތައް އެއް ދަރިފަސްކޮޅަކުން އުފެދިގެން އައި ގޮތް ދެނެގަނެއެވެ.
claimކްލެއިމް. ކ. 1. މީހެއްގެ ޙައްޤެއްގެ ގޮތުގައި ނުވަތަ ލިބެންޖެހޭ އެއްޗެއްގެ ގޮތުގައި ދަޢުވާ ކުރުން. 2. ކަމެއް/ އެއްޗެއް ތެދުކަމުގައި ބުނުން. ދަލީލުތަކެއް ނުދައްކާ ކަމެއް ހިނގިކަމަށް ނުވަތަ ވީކަމަށް ބުނުން. –ނ. 1. ކަމަކަށް ކުރާ ދަޢުވާ. 2. ކަމަކަށް އޮންނަ ޙައްޤު. މ. ހުވަފަތް އަނބިމީހާއަށް އޭނާގެ ފިރިމީހާގެ މުދަލުން ބައެއް ކްލެއިމް ކުރެވޭނެއެވެ. 3. ކަމެއް ތެދުކަމަށް ބުނާ ބަޔާނެއް.
claimantކުލެއިމަންޓް. ނ. (މ. ޝަރީޢަތެއްގައި) ވަކި ކަމަކަށް ނުވަތަ ޙައްޤަކަށް އެދި ދަޢުވާ ކުރާ ފަރާތް.
clairvoyanceކްލެއަރވޮޔަންސް. ނ. މުސްތަޤްބަލްގައި ވާކަންތައްތަކާއި ލޮލަށް ނުފެންނަ ކަންތައްތައް ބުއްދިއަށް ފެންނަ ކަމަށް ބުނާ ބާރެއް. ނ. clairvoyant މި ބާރު ހުންނަ ކަމަށް ބުނާ މީހެއް.
clamކްލޭމް. ނ. ދެފަޅިއަށް ހުޅުވޭ ގޮތަށް އެއްފަރާތުގައި ހުޅެއްލާފައިވާ ހަރު ތޮށްޓެއް ހިމެނޭ ލޮނުގައި އުޅޭ ދިރުން ހުންނަ ބޮޑު އެއްޗެއް. ބޮޑެތި ރިނދަ. ގާހައް. ގާހައްޕަޑަ. ގާހައްޕަޅަ. –ކ. clam up ވާހަކަ ދެއްކުމަށް އިންކާރުކުރުން.
clamberކްލެމްބަރ. ކ. އުނދަގުލާ އެކީ އެރުން (މ. ތަނަކަށް)
clammyކްލެމީ. ނ. ހިތްގައިމު ނޫންގޮތަކަށް ތެތް އަދި ތަތްލާ މ. ހެދުން. ނ. clamminess.
clamourކްލެމަރ. ނ. 1. ހަޅޭކުގެ ގަދަ އަޑެއް. 2. ކަމަކާ ދެކޮޅަށް އަޑުއުފުލާ އުފުލުން. އަޑުގަދަކޮށްގެން ކަމަކަށް އެދޭ އެދުން. –ކ. އަޑުގަދަކޮށްގެން ކަމަކަށް އެދުން. ނއ. clamorous.
clampކްލޭމްޕް. ނ. އެއްޗެއް ހަރުކޮށް ހިފަހައްޓާ އާލަތެއް. މިފަދަ ގިނަ ތަކެތީގައި އިސްކުރެއް ހުރެއެވެ. ދަތި. –ކ. ދައްޗެއްގައި ހަރުކުރުން. ގަދައަށް ހަރުކުރުން. clamp down on ކަމަކަށް ހުއްޓުމެއް ގެނައުން. ކަމަކާ ދޭތެރޭ ބޮޑަށް ހަރުކަށިވުން.
clampކްލޭމްޕް. ނ. 1. ހިއްކުމަށް ހޫނުކުރަން ތައްޔާރުކޮށްފައިވާ އީޓުގައު ބަންޑެއްޔެއް. 2. ހުއީގެ ތެރޭގައި ރައްކާކުރަން ވަޅުލާފައިވާ ވިލާތުއަލުވި ފުންޏެއް.
clanކްލޭން. ނ. 1. އެއް ދަރިފަސްކޮޅަކަށްނިސްބަތްވާ ޖަމާޢަތެއް. ޤަބީލާ. ޚާންދާން. 2. ބަދަހި ބޮޑު އާއިލާއެއް.
clandestineކްލޭންޑެސްޓިން. ނއ. ސިއްރުވެރި. ސިއްރުވެރިކަމާއެކު ކުރި. ކއ. clandestinely.
clangކްލޭންގ. ނ. ރަނގަބީލެއް ފަދަ ދިގުދެމިގެންދާ ގަދަ އަޑު. –ކ. މިއަޑު ކިޔާ ގޮތް ހެދުން.
clangerކްލެންގަރ. ނ. ނުރަސްމީ ބަހުރުވައިން ކުރާ މޮޔަކަމެއް. drop a clanger ލަދު ގަންނަ ކަހަލަ މޮޔަކަމެއް ނުވިސްނުމުން ނުވަތަ ފަރުވާކުޑަކަމުން ކުރެވުން.
clangourކްލެންގަރ. ނ. ރަނގަބީލު ޖެހޭ ފަދަ ޒީލަ ގަދަ އަޑެއް.
clankކްލޭންކް. ނ. ލޯހާ (މެޓަލް) އެއް އެހެން ލޯހާ އެއްގައި ޖެހުނީމާ ކިޔާ އަޑު. މ. ދަގަނޑުގަނޑެއް ދަގަނޑުގަނޑެއްގައި ޖެހުނީމާ ކިޔާ އަޑު. –ކ. މިއަޑު ކިޔާގޮތް ހެދުން.
clannishކްލެނިޝް. ނއ. ކްލޭން އެއްގެ މެދުގައި ހުންނަ ޝުޢޫރުތައް ހާމަކުރާ. އެހެން މީހުން އެކަހެރިކޮށް ކްލޭންއަށް ނިސްބަތްވާ މީހުން އެކުގައި އުޅޭ.
clapކްލެޕް. ނ. 1. ގުގުރުމުގެ ގަދަ އަޑެއް. 2. (ޢާއްމުކޮށް ތަރުޙީބު ދިނު މުގެ ގޮތުން) އެއް އަތުން އަނެއް އަތުގައި އަޑުކިޔާ ގޮތަށް ޖަހާ އަތްތިލަ ބަޑިއެއް. 3. ރައްޓެހިކަމުން މ. ކޮނޑުގައި ޖަހާލުން. –ކ. 1. އަތްތިލަބަޑި ޖެހުން. 2. ދޫންޏެއްގެ ދެ ފިޔަ އަޑުކިޔާ ގޮތަށް ޖެހުން. 3. އަވަހަށް ތަނަކަށް ލުން ނުވަތަ ބެހެއްޓުން. މ. މީހަކު ޖަލަށް. clap eyes on ނުރަސްމީ ބަހުރުވައިން އެއްލާ ލޮލަކުން ފެނިލުން. clapped out ނުރަސްމީ ބަހުރުވައިން ވަރުބަލިވެގެން ގޮސް ވެއްޓޭވަރު ވެފައި.
clapކްލެޕް. ނ. ޖިންސީ ގުޅުން ހިންގައިގެން ޖެހޭ ބަލިތައް. ގޮނޯރިއާ.
clapperކްލެޕަރ. ނ. ރަނގަބީލެއްގައި ޖަހަން ގެންގުޅޭ މުގުރު ނުވަތަ ދޫ. going like the clappers ވަރަށް ބާރަށް ދިއުން.
claptrapކްލެޕްޓްރެޕް. ނ. ތިބީން އަތްތިލަ ބަޑި ޖެއްސުމަށް ދައްކާ ވާހަކަ ނުވަތަ މިފަދަ ޚިޔާލު.
claqueކްލާކް. ނ. ކަމަކާ ގުޅިގެން އަތްތިލަބަޑިޖަހަން ކުއްޔަށް ހިފައިފައިވާ ޖަމާޢަތެއްގެ މީހުން.
claretކްލެރެޓް. ނ. ރަތް ކުލައިގައި ހުންނަ ރަލެއް.
clarifyކްލެރިފައި. ކ. 1. ސާފުވުން ނުވަތަ ސާފުކުރުން. އޮޅުންފިލުވުން ނުވަތަ އޮޅުންފިލުން. 2. އެއްޗަކުން ކުނިބުނި ސާފުކުރުން މ. ގިތެޔޮ ކައްކައިގެން. ނ. clarification.
clarinetކްލެރިނެޓް. ނ. ބާވަތެއްގެ ލަކުޑިން ހަދައިފައިވާ ދުންމާރިއެއް. ނ. clarinetist ކްލެރިނެޓް ކުޅޭ މީހެއް.
clarionކްލެރިއޮން. ނއ. އަޑު ހަރު، ސާފު އަދި ޖޯޝް އުފައްދާ މ. ގޮވާލުމެއް.
claryކްލޭރީ. ނ. ރަހަ ލެއްވުމަށް ބޭނުންކުރާ މަލެއް އަންނަ ދަނބުކުލައިގެ މައު އަޅާ ގަހެއް.
clashކްލޭޝް. ކ. 1. ލޯ ދެ ތަށި ޖެހުމުން ކިޔާފަދަ ޒީލަ އަޑެއް ކިޔާ ގޮތަށް ޖެހުން. 2. ދެކޮޅުވެރިވުން. ދެމީހަކު ޖެހުން. 3. ނޭދެވޭ ގޮތަކަށް އެހެން ކަމެއް އޮތް ވަގުތާ ދިމާވުން. 4. ކުލަތައް އެކުނުލަވާ ގޮތް ވުން. –ނ. 1. ކްލޭޝްވާ އަޑު. 2. ދެކޮޅުވެރިކަމެއް. ދެ ބަސްވުމެއް. 3. ކުލަތަކެއް ނުގުޅޭކަން.
claspކްލާސްޕް. ނ. 1. އެކަތި އަނެއް އެއްޗަށް ވަންނަ ގޮތަކަށް ދެ އެއްޗެއް ގުޅުވާ ބުޅި. 2. ހިފުމެއް. ދެއަތް ޖޯޑު ކުރުން (ސަލާންކުރުން) –ކ. 1. އެއްޗެއް ހިފެހެއްޓުން (ބުޅިއެއް އަޅުވައި). 2. ގާތްކޮށް މީހެއްގެ ގައިގައި ނުވަތަ އެއްޗެއްގައި ހިފުން. clasp-knife ތިލަ ލެއްޕޭ ގޮތަށް ހުންނަ ވަޅި. ފިޔޮހި.
classކްލާސް. 1. ސިފައެއް ހުރިހާ އެއްޗަކަށް އާއްމު ޖަނަވާރުތަކެއް ނުވަތަ މީހުންތަކެއް ނުވަތަ އެހެން ތަކެތި. 2. އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އެއް ފެންވަރެއްގެ މީހުން. 3. އެއްކޮށް ގުރޫޕެއްގެ ގޮތުގައި ކިޔަވައިދޭ ދަރިވަރުން. މިފަދަ ދަރިވަރުންނަށް ކިޔަވައިދޭ ގަޑިއެއް. 4. ފެންވަރުގެ ގޮތުން ވަކި ދަރަޖައެއް. މ. ބިޒްނަސް ކްލާސް. 5. ވަރަށް ފެންވަރު މަތި. މ. ކްލާސް ހުރި ކުޅުންތެރިއެއް. –ކ. ގިންތިކުރުން. އެކި ކްލާސް އަށް އެއްޗެއް ބެހުން. ވަކިގޮތަކަށް ތަރުތީބުކުރުން. In a class of its own. އެ ވައްތަރުގެ ހުރިހާ އެއްޗަކަށް ވުރެ ފެންވަރު ރަނގަޅު.
classicކްލެސިކް. ނއ. 1. ސުވާލު ނުއުފައްދާ އަދި އެންމެން ބަލައިގަންނަ ފެންވަރު ހުރި. 2. މިސާލީ. މ. މިއީ ގިނައިން ކެއުމުން ދިމާވާ ކްލެސިކް މައްސަލައެކެވެ. 3. ކްލެސިކަލް ތަކެއްޗާ ފެންވަރުގެ ގޮތުން ހަމަ. ސާދާވެފައި ހިތްގައިމު. 4. ގިނަ ދުވަސްވުމުން މަޝްހޫރުވެފައިވާ. –ނ. 1. އިހުގެ އަދީރެއް ނުވަތަ މުޞައްނިފެއް. އިހުގެ މިފަދަ އަދަބީ ފަރާތެއްގެ ލިޔުމެއް. 2. ކްލެސިކް ގޮތަކަށް ތައްޔާރުކޮށްފައިވާ ލިބާހެއް. 3. ވަރަށް ކުރިންސުރެ ޖަހަމުން އަންނަ ރޭހެއް. classics ބޯދާ ޔޫނާނީންނާއި ރޫމީންގެ ސަގާފަތާއި އަދަބިއްޔާތާއި ފަންނުތަކުގެ ޢިލްމު.
classicalކްލެސިކަލް. ނއ. 1. ނަމޫނާއަކަށް ފުދޭ. އެންމެ ފުރިހަމަ (ޚާއްޞަކޮށް އަދަބީ ތަކެތި. 2. ބޯދާ ޒަމާނުގެ ޔޫނާނީންނާއި ރޫމީންގެ ސަގާފަތާއި އަދަބާ ގުޅޭ. classical scholar މި ދާއިރާގެ މާހިރެއް. 3. ސާދާ އަދި އެކުމުތުވާ، ހިތްގައިމުގޮތަކަށް އެކުލަވާ (ފޭޑިއެއް). 4. އިހުގެ އަދި އެންމެންނަށް މަޤްބޫލު (ފޭޑީގެ ގޮތުން) މ. ކްލެސިކަލް މިޔުޒިކް. ކއ. classically.
classifiableކްލެސިފަޔަބްލް. ނއ. ގިންތިކުރެވޭ.
classifiedކްލެސިފައިޑް. ނއ. 1. (އިސްތިހާރު ފަދަ ތަކެތި) ހިމެނޭ މައުޟޫޢެއްގެ ގޮތުން ގިންތިކޮށްފައިވާ. 2. (މަޢުލޫމާތު) ޚާއްޞަ ބަޔަކަށް ނޫން އެހެން ބަޔަކަށް ނުލިބޭގޮތަށް ސިއްރުކުރެވިފައި.
classifyކްލެސިފައި. ކ. ތަރުތީބަކުން ގުރޫޕުތަކަކަށް ނުވަތަ ބައިތަކަކަށް ބެހުން. ވަކި ބައެއް ނުވަތަ ގުރޫޕެއްގައި ހިމެނުން. ހަމަޔަކުން ވަކިކުރުން. ގިންތިކުރުން. ދަރަޖަކުރުން. ނ. classification.
classlessކްލާސްލަސް. ނއ. އިޖްތިމާޢީ ގިންތިތައް ނުވާ.
classroomކްލާސްރޫމް. ނ. ދަރިވަރުންނަށް ކިޔަވައިދޭ ކޮޓަރިއެއް. ކިލާސް ކޮޓަރި.
classyކްލާސީ. ނއ. ނުރަސްމީ ބަހުރުވައިން މޮޅު، ހިތްގައިމު. އަނީޤް. ދަރަޖަމަތި. ސުންދުރަ.
clatterކްލެޓަރ. ނ. 1. އެއް ތައްޓާއި އަނެއް ތައްޓާއި ޖެހުމުން ކިޔާފަދަ އަޑު. 2. އަޑުގަދަ ވާހަކަ ދެއްކުން. –ކ. މިފަދަ އަޑެއް އުފެއްދުން.
clauseކްލޯސް. ނ. 1. އެއްބަސްވުމެއް، ޤާނޫނެއް މުޢާހަދާއެއް ފަދަ އެއްޗެއްގައި ހިމެނޭ އެއް ބައި ނުވަތަ މާއްދާ. 2. އެކުވި ޖުމުލައެއްގައި ކަމެއް ހިމެނޭ ބައެއް.
claustrophobiaކްލޮސްޓްރޮފޯބިއާ. ނ. ވަށައިގެން ބެދިފައިވާ ތަނަކު ވުމުން އާދަޔާ ޚިލާފަށް ގަންނަ ބިރެއް. ނއ. claustrophobic މި ނަފްސާނީ ބަލި ޖެހިފައިވާ ނުވަތަ މި ބަލި ގެނުވާ.
claveކްލެއިވް. ކ. cleave ގެ ދެވަނަ މާނަ ބަލާ.
clavicleކްލެވިކްލް. ނ. ކޮނޑުމަތީ ކަށިގަނޑު.
clawކްލޯ. ނ. 1. ދޫންޏެއް ނުވަތަ ޖަނަވާރެއްގެ ތޫނުކޮށް ހުންނަ ނިޔަފަތި. މިފަދަ ނިޔަފަތި ހުރި ފައެއް. ވަކި. 2. އިހި ފަދަ ބާވަތުގެ ތަކެތީގެ ދަތްގަނޑު. 3. ވަކި ބާވަތަށް ތަކެތި ހިފަން ގެންގުޅޭ އާލަތެއް. –ކ. މިފަދަ އެއްޗަކުން ހިފުން، ދަމައި ކަހާލުން. ވަކިއެޅުން. claw back ދިން އެއްޗެއް އަނބުރާ ހޯދުން. claw-back މިކަމުގެ ޙާލަތެއް. claw-hammer ދަތްގަނޑު މަރުތެޔޮ.
clayކްލޭ. ނ. އީޓާއި ފުފޭ ފަދަ ތަކެތި ހެދުމަށް ބޭނުންކުރާ ހޫނުކުރުން ހަރުވާ ބިމުން ނަގާ މަޑު އެއްޗެއް، މަށި. ނއ. clayey. clay pigeon އަމާޒަށް ބަޑި ޖަހަން ފަރިތަކުރަން މައްޗަށް އެއްލަން ބޭނުން ކުރާ މަށިން ހަދައިފައި އޮންނަ ޑިސްކެއް.
claymoreކްލޭމޯ. ނ. 1. ސްކޮޓްލަންޑްގައި ބޭނުންކުރާ ފުޅާ ދެ މިޔަ ލީ ކަނޑިއެއް. 2. ދާގަނޑަކުން މުއްގަނޑު ރައްކާތެރިކޮށްފައިވާ ފުޅާ މިފަދަ ކަނޑިއެއް.
cleanކްލީން. ނއ. 1. ހަޑިނުވާ. ހިރަފުހާއި ނުސާފުކަމުން ރައްކާތެރި. ސާފު. ތާހިރު. ނަޒީފު. ތަމީޒު. 2. އަދި ބޭނުން ނުކުރާ. މ. ކްލީން ސަފުހާއެއް: އެއްވެސް ގޮތަކަށް ލިޔެފައި ނުވާ އައު ސަފުހާއެއް. 3. ރޭޑިއޯއެކްޓިވް މާއްދާތައް އުފެއްދުން ކުޑަ (ނިޔުކްލިއަރ ބޮމެއް.) 4. އޭގައި އެއްވެސް ޤަދަރުގެއްލޭ ފަދަ ކަމެއް ނުވާ (މ. ކުށެއް ރެކޯޑު ކޮށްފައި ނުވާ ލައިސަންސް). 5. ސާފުތާހިރު. 6. ސަޠަޙަ މަތީގައި ރާޅުކަމެއް ނެތް އޮމާން. 7. ގަވާއިދާ އެއްގޮތަށް، ބޭއިންސާފު ނުވާ. 8. ބޭއަދަބީ ކަންތައްތަކުން އެއްކިބާވެފައިވާ. މ. ކްލީން ޖޯކު ނޫނީ ނުކިޔާށެވެ. މުޅިން. މ. ކްލީންކޮށް ނުބައިކުރުން. ބޯޅަ، ބެޓުގައި ނުޖައްސާ، ސީދާ ވިކެޓްގައި ޖަހައި ނުބައިކުރުން. –ކ. 1. ސާފުކުރުން. 2. ޑްރައިކްލީން ކުރުން. 3. ކެއްކުމުގެ ކުރިން ކަރުގޮހޮރު ނެގުން. ކއ. cleanly. ނ. cleanness. ނއ. clean-cut ދާރަތައް ސާފުކޮށް އެނގޭ. މ. ބޯކޮށުން. clean out އެތެރެ ސާފުކުރުން. ހުރިހާ ފައިސާއެއް ބޭނުންކޮށް ހުސްކޮށްލުން. clean-shaven މަތިމަހާއި ތުބުޅި ބާލައި. clean up ސާފުކުރުން، ކުށްކުރުމާއި ކޮރަޕްޝަން ސަރަޙައްދަކުން ނުވަތަ ތަނަކުން ނައްތާލުން. ނުރަސްމީ ބަހުރުވައިން ނަފައެއް ހޯދުން. make a clean breast of ވީ ނުވަތަ ކުރި ކަންތައްތައް ތެދަށް ކިޔައިދިނުން. make a clean sweep ސްވީޕް މި ލަފުޒު ބަލާ.
cleanerކްލީނަރ. ނ. 1. ސާފުކުރަން ބޭނުން ކުރާ އެއްޗެއް. 2. ކޮޓަރިތައް ނުވަތަ އެހެން ތަންތަން ސާފުކުރަން ވަޒީފާގައި އުޅޭ މީހެއް. cleaners ޑްރައިކްލީން ކުރާ ތަނެއް. Take a person to the cleaners އޭނާ ފޭރިގަތުން ނުވަތަ އޭނާއަށް މަކަރު ހެދުން. ވަރަށް ބޮޑަށް ކުށްދެއްކުން.
cleanlyކްލެންލީ. ކއ. ސާފުތާހިރުކަމަށް ސަމާލުކަންދޭ. ސާފުތާހިރު އާދަތައް ގެންގުޅޭ. ނ. cleanliness.
cleanseކްލެންޒް. ކ. 1. ވަރަށް ބޮޑަށް ސާފުކުރުން. cleanser ނ. ވަރަށް ބޮޑަށް ސާފުކުރަން ބޭނުންކުރާ އެއްޗެއް. cleansing cream ހަން ސާފުކުރަން ބޭނުންކުރާ ކިރީމެއް. cleansing department ރަށެއްގެ މަގުތައްސާފުކޮށް ކުނި އެއްކުރުމުގެ ޒިންމާ އޮންނަ މަޙަކްމާ.
clearކްލިއަރ. ނއ. 1. ލޮލުގެ ކުރިމަތީގައި ޖައްސާފައި ބެލުމުން އަނެއް ފަރާތް ސާފުކޮށް ފެންނަ. އަލި އޭގެ ތެރެއިން ހިފެހެއްޓުމެއް ނެތި ދަތުރުކުރާ. ޝަފާފު، ވިނިވިދާ. ދިޔާ އެއްޗެއްނަމަ، އެއްޗަކަށް އެޅުމުން އެޅި އެއްޗެއްގެ އަޑި ފެންނަ. މ. ކްލިއަރ ބިއްލޫރި. ކިލަނބުކަމެއް ނެތް. ކްލިއަރ ސޫޕް. ފެންހެން އޮލަކަމެއް ނެތް ސޫޕް. 2. ހަޑިތަކާއި މިލަނެތް. 3. ކުށެއް ކުރެވުނުކަމުގެ ޝުޢޫރެއް ނެތް. މ. ކްލިއަރ ކޮންޝަންސް. ޒަމީރު ސާފު. 4. ފަސޭހައިން ފެންނަ، އަޑު އިވޭ، އޮޅުންފިލާ، ނުވަތަ ފާހަގަ ކުރެވޭ. 5. ޝައްކެތް ނެތި އެނގޭ. މ. މަކަރު ހެދުމުގެ ކްލިއަރ މައްސަލައެއް. 6. ރީބައެއް ނެތި. އޮޅިފައެއް ނޫން. 7. ހުރަސްތަކުން އެއްކިބާވެފައި. 8. މުޅި. އެއްވެސް އެއްޗެއް އުނިކުރުމެއް ނެތި. މ. ވަޒީފާއިން ވަކިވާންވާނީ ކްލިއަރ 3 ދުވަހުގެ ނޯޓިސް އަށް ފަހުއެވެ. –ކއ. 1. ސާފުކުރުން ނުވަތަ ސާފުވުން. 2. ކެއްސައިލައިގެން ކަރުތެރެ ސާފުކޮށްލުން. 3. ނުޖެހި، ހުރަސްކޮށް ކުރިއެރުން ނުވަތަ އެއްޗެއްގެ މަތިން ހުރަސްކުރުން. 4. ކަމަކަށް ހުއްދަ ލިބުން. މ. ކަސްޓަމުން އެއްޗެއް ކްލިއަރ ކުރުން. 5. ޗެކެއް ކްލިއަރިން ހައުސް އެއްގެ ތެރެއިން ދިއުން. 6. ޚަރަދުކަނޑާ ފައިދާއެއް ފުން. މ. ހުރިހާ ޚަރަދެއް ކްލިއަރ ކުރެވުނެވެ.
clearanceކްލިއަރަންސް. ނ. 1. ސާފުކުރުމެއް. 2. ހުއްދައެއް ދިނުމެއް. 3. އެއްޗެއް އޮތް ތަނެއް ފަހަނައަޅައި ދިއުމުން ނުވަތަ ޖެއްސުމުން ހުސްވާ ޖާގަ. clearance order ޢިމާރާތެއް ތަޅާލުމަށްޓަކައި ހުސްކުރުމަށް އަންގާ އެންގުން.
clearingކްލިއަރިން. ނ. ވަލެއް ނުވަތަ ޖަންގައްޔަކުން ގަސްކަނޑައި ހާމަކޮށްފައިވާ ސަރަޙައްދެއް.
clearing-houseކްލިއަރިންގ ހައުސް. ނ. 1. ބޭންކުތަކުން ޗެކްތަކަށް ފައިސާ ދީ ބާކީ ހަމަޖައްސައި އޮފީހެއް. 2. މަޢުލޫމާތު ނުވަތަ އެހެންވެސް އެއްޗެއް އެއްކޮށް އެހެން ފަރާތްތަކަށް ބޭނުންވާ އެއްޗެއް ފޯރުކޮށްދޭ ތަނެއް ނުވަތަ ބައެއް.
clearwayކްލިއަރވޭ. ނ. މަގުގައި ދުއްވާ އެއްޗެތި ޕާކުކޮށްފައި ނުވަތަ ހުއްޓާފައި އޮތުން މަނާ ހިސާބެއް.
cleatކްލީޓް. އުޅަނދުފަހަރުގައި ވަލެއް އެއްސުމަށް ފަސޭހަވާނޭ ގޮތަށް ދެކޮޅު ނުކުމެފައި ހުންނަ، ލަކުޑި ނުވަތަ ލޯހަ މަކުޑިއެއް. 2. ނުކައްސާނޭ ގޮތަށް ބޫޓުގައި ޖަހާފައި ހުންނަ އުން ނުވަތަ ހިނގާތަނެއްގައި ހުރަސްވާގޮތަށް އަޅާ ފަތި. 3. އަބު. –ކ. އުޅަނދެއްގެ ކްލީޓްގައި ވަލެއް އެއްސުން.
cleavageކްލީވޭޖް. ނ. 1. ކެފުމެއް. އިރުމެއް. ދެބައިކޮށްލުމެއް. 2. ކަރު ބޮޑު ހެދުމެއް ލުމުން ފެންނަ އަންހެނެއްގެ ދެ އުރަމަތީ ދެމެދު.
cleaveކްލީވް. ކ. 1. ކަނޑައިގެން ބައިކޮށްލުން. ފަޅިކޮށްލުން ނޫނީ ފަޅިވުން. 2. މަގެއް (މ. ވަލެއްގެ ތެރެއިން) ހެދުން. މާޒީއަށް ނިސްބަތް މި ލަފުޒު އެތައް ގޮތަކަށް ބަދަލުވެއެވެ: clove, cleft, cleaved, cloven.
cleaveކްލީވް. ކ. ތަތްލުން، އެލިގަތުން.
cleaverކްލީވަރ. ނ. އެއްގަމު މަސްވިއްކާ މީހުން ގެންގުޅޭ ތިލަ ފުޅާ ވަޅިއެއް.
clefކްލެފް. ނ. މިޔުޒިކް ލިޔާ ފަސްފޮޅުވަތް ފެށޭއިރު، އަޑުތަކުގެ ތޫލިކަން އަންގަން ބޭނުންކުރާ ނިޝާނެއް.
cleftކްލެފްޓް. ނއ. ފަޅައިގެން ގޮސްފައި. ކޮންމެވެސް ވަރަކަށް ދެބައިވެފައި. cleft chin ތިރީގެ ރުލެއް ޖެހި ދެ ބަޔަށް ބައިވެފައިވާ ދަތްދޮޅި. cleft palate ވިހެއުމުގެ ކުރިން، މަތީ ތަލި ގުޅިފައި ނެތުން. in a cleft stick ހަރަކާތް ކުރާނެ ޖާގަނެތް.
clematisކްލެމެޓިސް. ކްލެމޭޓިސް. ނ. ހުދު އަދި ދަނބު ކުލައެއްގެ މައު އަޅާ ވެލެއް.
clemencyކްލެމެންސީ. ނ. 1. މަޑުކަން، ޚާއްޞަކޮށް މޫސުމުގެ. 2. ރަޙުމް. ނއ. clement.
clementineކްލެމެންޓައިން. ކްލެމެންޓީން. ނ. ބާވަތެއްގެ ކުޑަ ނާރިނގެއް (އޮރެންޖެއް).
clenchކްލެންޗް. ކ. 1. ދަތްތައް ނުވަތަ އިނގިލިތައް ވަރަށް ގާތްކުރުން. ދަތްކުޑިވިކުން ނުވަތަ ގޮއްމުއްކެވުން. 2. ބާރަށް އެއްޗެއްގައި ހިފުން. 3. މޮހޮރެއް ނުވަތަ މަލަރެއް، ވެއްދުމަށް ފަހުން ލަނބާލައިގެން އެ ހިފަހައްޓާގޮތް ހެދުން. –ނ. ކްލެންޗް ކުރާ ޙަރަކާތް ނުވަތަ އެ ޙާލަތް.
clerestoryކްލިއަރސްޓޯރީ. ނ. ފައްޅިއެއްގެ މަތީގައިވާ ކުޑަދޮރުތައް. ފެންލައިޓް.
clergyކްލާރޖީ. ނ. ނަޞާރާ ފައްޅިތަކުގެ އިސް ވެރިން.
clergymanކްލާރޖީމަން. ނ. ކްލާރޖީގެ މެންބަރެއް.
clericކްލެރިކް. ނ. ކްލާރޖީގެ މެންބަރެއް.
clericalކްލެރިކަލް. ނއ. 1. ކާތިބުންނާ ބެހޭ ނުވަތަ ގުޅޭ. މ. މިއީ ކްލެރިކަލް ކުށެކެވެ: ލިޔުމުގައި ޖެހިފައިވާ ކުށެއް. 2. ކްލާރޖީ އަށް ނިސްބަތްވާ. ކްލެރިކަލް ކޮލަރ. ފާދިރީން އަޅާ ކޮޅަށް ހުންނަ ފަހަތުން ގޮށް އަޅުވާ ގިރުވާނެއް.
clerihewކްލެރިހިޔު. ނ. ދެ ފޮޅުވަތުން ކާފިޔާ ހަމަވާ، ބުއްދިވެރި އެއްޗެއް ހިމެނޭ ހަތަރު ފޮޅުވަތުގެ ޅެމެއް.
clerkކްލާރކް. ނ. 1. އޮފީހެއްގެ އެކައުންޓު ތަކާއި ރެކޯޑްތައް ބެލެހެއްޓުމަށް އޮފީހެއްގައި އުޅޭ މުވައްޒަފެއް. ކާތިބެއް. 2. ކޯޓެއްގެ ނުވަތަ ކައުންސިލެއްގެ ރެކޯޑުތައް ބަލަހައްޓާ ކާތިބު. clerk of the works ޢިމާރާތްތައް ފަދަ ކަންތައްތައް ބަލަހައްޓާ އިސް ސްޕަރވައިޒަރު.
clerkessކްލާރކަސް. ނ. ސްކޮޓްލަންޑް ބަހުރުވައިގައި އަންހެން ކާތިބެއް. ކާތިބާއެއް.
Clevelandކްލީވްލަންޑް. އިނގިރޭސި ވިލާތުގެ ކައުންޓީއެއް.
cleverކްލެވަރ. ނއ. 1. އަވަހަށް ތަކެތި ދަސްވާ އަދި ނަގައިގަންނަ. ހުނަރުވެރި. ހުސިޔާރު. 2. ހުނަރުވެރިކަން ދައްކައިދޭ. ކއ. cleverly. ނ. cleverness. clever Dick. ހުސިޔާރުކަން ދައްކާ މީހާ.
clewކްލޫ. ނ. 1. ރިޔަލެއްގެ ތިރީކަން. 2. ދެގަހު ދެމެދު އެލުވާ، ވާފުރި އެނދުފާޑުގެ ޖޯލި އައްސާ ވައުތައް.
clichéކްލީޝޭ. ނ. އެތައް ފަހަރަކު އަޑު އިވި އޭގެ އަސަރު ކެނޑިފައިވާ ޢިބާރާތެއް ނުވަތަ ޚިޔާލެއް.
clickކްލިކް. ނ. 1. ބިލިއާޑް ދެބޯޅަ ޖެހުމުން ނުވަތަ ސުވިޗެއް ޖެއްސުމުން ކިޔާ ކަހަލަ ކުރު ފާހަގަކުރެވޭ އަޑެއް. –ކ. މިބާވަތުގެ އަޑެއް ކިޔުއްވުން. އެއްޗެއް މިފަދަ އަޑަކާ އެކު ހަރުކުރުން. 2. ނުރަސްމީ ބަހުރުވައިން ފަހުމްވުން، ކާމިޔާބުވުން.
clientކްލަޔަންޓް. ނ. 1. ޑޮކްޓަރަކާއި ވިޔަފާރިވެރިއެއް ފިޔަވައި، އެހެން ފަންނީ ދާއިރާގެ މީހެއްގެ ޚިދުމަތް ހޯދާ ފަރާތެއް. 2. ކަސްޓަމަރެއް.
clienteleކްލީއެންޓެލް. ކްލައިއެންޓެލް. ނ. ކަސްޓަމަރުންތައް. ކްލަޔަންޓްތައް.
cliffކްލިފް. ނ. 1. (ޚާއްޞަކޮށް ގޮނޑުދޮށުގައިވާ) ވަރަށް އުސް ގުންޑޮޅި. ފަރުބަދަ ނުވަތަ އެހެން ވެސް ތަނަކުން ބިންގަނޑު އަޑިއަށް ކަނޑައިގެން ގޮސްފައިވާ ތަނެއްގެ ގުންޑޮޅި. ޖުރުފު. cliff-hanger ނިމޭގޮތުން ދެންވާނެ ގޮތަކަށް އިންތިޒާރުކުރެވޭ ވާހަކައެއް ނުވަތަ މުބާރާތެއް. ނއ. cliff-hanging.
climactericކްލައިމެކްޓެރިކް. ނ. ޖާނުގެ ބާރު ކުޑަވަމުންދާ ޢުމުރުފުރާ.
climateކްލައިމެޓް. ނ. 1. ޢާއްމުކޮށް ތަނެއްގެ މޫސުމުގެ ކަންކަން (މ. ވައި، ފިނިހޫނުމިން) ހުންނަ ގޮތް. 2. ވަކި ގޮތަކަށް މޫސުމުގެ ކަންތައްތައް ހުންނަ ސަރަޙައްދު. މ. އޭނާ އުޅެނީ ހޫނު ކްލައިމެޓް އެއްގައެވެ. 3. ވެރިވެފައިވާ ޝުޢޫރު. ޖައްވު. މ. ބައްދަލުވުން އޮތީ ދެކޮޅުވެރިކަމުގެ ކްލައިމެޓް އެއްގައެވެ. ނއ. climatic.
climaxކްލައިމެކްސް. ނ. 1. ކަމެއް އެންމެ ޝައުޤުވެރިވާ، އެންމެ އަސަރުގަދަ ހިނދުކޮޅު. 2. ޖިންސީ އެދުންވެރިކަން ފުދޭ ވަގުތުކޮޅު. –ކ. ކްލައިމެކްސް އަކަށް ގެނައުން ނުވަތަ އައުން.
climbކްލައިމްބް. 1. ކ. މަސައްކަތުން އުހަށް ނުވަތަ މައްޗަށް އެރުން ނުވަތަ އެއްޗެއް ހުރަސްކުރުން. 2. އުހަށް އެރުން. މ. މަތިންދާ ބޯޓު އަވަހަށް ކްލައިމްބް ކޮށްފިއެވެ. 3. ހިފަހައްޓާ އެއްޗަކާ އެކު އެރުން. މ. ކްލައިމްބިން ފިނިފެންމާ. –ނ. މިގޮތަށް މައްޗަށް އަރާ އެރުން. climb down މަސައްކަތުން ތިރިއަށް ފޭބުން. ޖަދަލެއްގައި ތިމާ ވަކާލާތު ކުރިކަން ދޫކޮށްލުން. climb-down މިފަދަ ފަހަތަށް ޖެހުމެއް. climbing-frame ކުޑަކުދިން އަރާ އުޅުމަށް ދަގަނޑު ހޮޅިން ނުވަތަ އެހެންވެސް އެއްޗަކުން ހަދައިފައި ހުންނަ ގިޔުގަނޑެއް.
climberކްލައިމްބަރ. ނ. 1. މައްޗަށް އަރާ މީހާ. ފަރުބަދައަށް އަރާ މީހާ. 2. ވެލެއްގެ ގޮތަށް ހެދޭ ގަސް.
clinchކްލިންޗް. ކ. 1. ހަރުކޮށް އެއްސުން. މޮހޮރެއް ނުވަތަ މަލަރެއް ލަނބާލުން. 2. ބޮކްސިން ކުޅުމުގައި، އަތުން ރަނގަޅަށް ނުޖެހޭ ވަރަށް ކައިރިއަށް ޖެހުން. 3. ފުރިހަމައަށް ނިންމާލުން. މ. ވިޔަފާރިއެއް ކްލިންޗް ކުރުން. –ނ. 1. ބޮކްސިންގައި ކްލިންޗް މަޤާމަށް ޖެހުން. 2. ބެއްދުން (ބަޣަލްކީރު ކުރުން).
clingކްލިންގ. ކ. 1. ބާރަށް އެއްޗެއްގައި ހިފުން. 2. އެއްޗަކާއި ގުޅުން ނުވަތަ އެއްޗެއްގައި ތަތްލުން. 3. ގާތުގައި ނުވަތަ ޖެހިގެން ވުން. ޖަޒުބާތީގޮތުން އެއްޗަކާ ނުވަތަ މީހަކާ ގުޅިގެން ވުން. މީހަކަށް ބަރޯސާވުން. މ. އެ ގުރޫޕްގެ މީހުން އަދިވެސް އެކުގައި ކްލިންގ ކުރެއެވެ. 4. ދޫކޮށްލަން އިންކާރުކުރުން. މ. ސަލާމަތްވާނެ ކަމުގެ އުއްމީދަށް އެމީހުން އަދިވެސް ކްލިންގ ކުރެއެވެ. cling peach ނުވަތަ cling stone އޮށް ވަކިކޮށްލަން އުނދަގޫ ޕީޗް ނުވަތަ ނެކްޓެރީން މޭވާއެއް (ޝަލީލް ނުވަތަ ހަލޫ).
clinicކްލިނިކް. ނ. 1. ޕްރައިވެޓް ނުވަތަ ޚާއްޞަ ފަރުވާ ދޭ ހޮސްޕިޓަލެއް. 2. ޚާއްޞަ އިރުޝާދު ނުވަތަ ފަރުވާ ދޭ ޙާލަތެއް ނުވަތަ ތަނެއް. މ. ބަނޑުބޮޑުމީހުންގެ ކްލިނިކް.
clinicalކްލިނިކަލް. ނއ. 1. ކްލިނިކާ ގުޅޭ ނުވަތަ ބެހޭ. 2. ބަލިމީހުންނަށް ބޭސްފަރުވާ ކުރުމާ ބެހޭ. މ. ކްލިނިކަލް ތާމޯމީޓާރެއް. 3. ފެންނަ ނިޝާންތަކުންނާއި ވާގޮތްތަކަށް ބަލައި ކަންކުރާ. މ. ކްލިނިކަލް މެޑިސިން. 4. އެއްޗެއް ނެތި ސާފުކަމަށް ފެންނަ. 5. ޖަޒުބާތެއް ނެތް. ވަކިވެ ދުރުވެފައިވާ ޝުޢޫރަކާ އެކު. –ކއ. clinically.
clinkކްލިންކް. ނ. ދެ ބިއްލޫރި ތައްޓެއް ޖެހުމުން ކިޔާ ފަދަ ތޫލި އަޑެއް. –ކ. މިފަދަ އަޑެއް ކިޔާގޮތް ހެދުން.
clinkކްލިންކް. ނ. ނުރަސްމީ ބަހުރުވައިން ޖަލު.
clinkerކްލިންކަރ. ނ. ކޯލާ އެނދުމުން ހުންނަ ރާޅު ކުދި ގައުތަކެއް ފަދަ އެއްޗެއް. މީގެ އެތިކޮޅެއް
clinker-builtކްލިންކަރ ބިލްޓް. ނއ. (އުޅަނދު ފަހަރަށް ނިސްބަތްކޮށް) މަޑޫތައް ތިރީ މަޑޫގެ މައްޗަށް ފައްތަރު އަރާގޮތަށް ބަނދެފައިވާ. ދިވެހީން ބަންނަ ބަނުމަށް ކިޔަނީ ކާރވަލް އެވެ. ކުދި އުޅަނދުފަހަރަށް ކްލިންކަރ ބިލްޓް ގޮތުގައި ފައިދާތަކެއް ވެއެވެ.
clipކްލިޕް. ނ. 1 އެއްޗެތި ގާތުގައި ބާރަށް ހިފެހެއްޓުމަށް ބޭނުންކުރާ އާލަތެއް. މ. ކަޅުދަތި. ޕޭޕަރ ކްލިޕް. 2. ބަޑިއެއްގެ އުންޑަތައް އަޅާފައި ހުންނަ މެގެޒިން. 3. ކްލިޕެއް ބޭނުންކޮށްގެން ހަރުކޮށްފައިވާ މަލެއް ނުވަތަ އެފަދަ އެއްޗެއް. –ކ. ކްލިޕެއް ބޭނުންކޮށްގެން ހަރުކުރުން. clip-board މަތީގައި ކަރުދާސް ހަރުކުރުމަށް ދައްޗެއް ހިމެނޭ ޕްލާސްޓިކް ނުވަތަ ބޯކަރުދާސް މަޑުގަނޑެއް. clip-on ނއ. ކްލިޕެއް ބޭނުންކޮށްގެން ހަރުކުރެވޭ.
clipކްލިޕް. ކ. 1. ކަތުރަކުން ނުވަތަ އެފަދަ އެއްޗަކުން ބުރިކޮށްލުން. 2. ޓިކެޓެއް ބޭނުންކުރިކަން ފާހަގަކުރަން އެއިން ތަންކޮޅެއް ބުރިކޮށްލުން. 3. ބާރަށް ޖެހުން. –ނ. 1. ބުރިކޮށްލައިފައިވާ އެތިކޮޅެއް. ބުރިކޮށްލުމުގެ ޙާލަތު (ބުރިކޮށްލާ ބުރިކޮށްލުން). 2. ކަންބަޅިއެއް ފަދަ އެއްޗެއްގެ ކެހެރިތައް (ބާލާއިރު) ބުރިކުރާއިރު އެއްކަންބަޅިން ނުވަތަ އެއް އައިނަކުން ފަހަރު ކެނޑުމުން ލިބޭ މިންވަރު. 3. ފިލްމަކުން ތަންކޮޅެއް. 4. ނުރަސްމީ ބަހުރުވައިން ބާރަށް ޖަހާ ޖެހުން. 5. އަވަސް ފިޔަވަޅުގައި ދާ ދިއުން. clip-joint ވަރަށް ތަކެތި އަގުބޮޑު ކްލަބެއް (ރާވިއްކާތަނެއް).
clipperކްލިޕަރ. ނ. ބާރަށް ދުވާ ނަވެއް ނުވަތަ އަހެއް.
clippersކްލިޕާރސް. ނ. އިސްތަށި ނުވަތަ ކެހެރި ބުރިކުރުމަށް ގެންގުޅޭ ދައްޗެއް.
clippingކްލިޕިން. ނ. ކަފާލައިފައިވާ ނުވަތަ ބުރިކޮށްލާފައިވާ އެތިކޮޅެއް ނުވަތަ ބައެއް.
cliqueކްލީކް. ނ. އެހެންމީހުންނަށް ފަސޭހައިން ބައިވެރިނުވެވޭ ޖަމާޢަތެއް ނުވަތަ ގުރޫޕެއް. ނއ. cliquish.
clitorisކްލިޓަރަސް. ނ. ފަރުޖުގެ މަތީގައި ހުންނަ ލޭއަރާ ހަރުވާ މަސްކޮޅެއް. ކުޅަދިލި. ނއ. clitoral.
cloakކްލޯކް. ނ. 1. އަތް ނެތް ކުރު ގަމީހެއް ފާޑުގެ އެހެން އެއްޗެއްގެ މަތިންދާ ހެދުމެއް. 2. އެއްޗެއް ފޮރުވަން ލާ ތަނެއް ނުވަތަ އެއްޗެއް. އެއްޗެއް ފޮރުވާ އެއްޗެއް. މ. އަނދިރިކަމުގެ ކްލޯކްގެ ދަށުގައި އޭނާ އެގެއަށް ވަދެއްޖެއެވެ. –ކ. އެއްޗެއްގެ މަތީގައި އެއްޗެއް އަޅައި ފޮރުވުން. cloak and dagger ޖާސޫސްކުރުމާއި އާދަޔާ ޚިލާފު ކަންތައްތަކެއް ހިމެނޭ.
cloakroomކްލޯކްރޫމް. ނ. ފިނި ޤައުމުތަކުގައި (ގިނަ ފަހަރު ފާޚާނާއާއެކު ހުންނަ) ބޭރުންލާ ހެދުން ވަގުތީގޮތުން ބަހައްޓާ ކޮޓަރި.
clobberކްލޮބަރ. ނ. ނުރަސްމީ ބަހުރުވައިން ހެދުމާއި ބޭނުންވާ އާލަތްތައް. މ. ސްކީ ކުރަން ބޭނުންވާ.
clobberކްލަބަރު. ކ. ތަކުރާރުކޮށް ޖެހުން. ތެޅުން. ބަލިކޮށްލުން. މ. ކްލޮބަރިން ޓެކްސްޕޭޔަރޒް. ޓެކްސްދައްކާމީހުންނަށް ކެތްނުކުރެވޭވަރަށް ޓެކްސް ބޮޑުކުރުން.
clocheކްލޮޝް. ކޮލޯޝް. ނ. 1. އެއްތަނުން އަނެއް ތަނަށް ގެންދެވޭ، ގަސްތަކުގެ މަތީގައި (ސްނޯއިން ރައްކާތެރިކުރުމަށް) އަޅާ މައްޗެއް. 2. އަންހެނުންގެ ބޮލުގައި އަޅާ ރަނގަބީލެއްހެން ހުންނަ ތޮތްޕެއް.
clockކްލޮކް. ނ. 1. ވަގުތު މިނާ އަދި ދައްކާ އާލަތެއް. އަތުކުރީ ގަޑި ފިޔަވައި އެހެން ގަޑި. 2. ކަށިލީ އެހެން ކޮންމެވެސް އެއްޗެއް މިނާ އާލަތެއް. 3. ބައެއް ވިނަތަކުގައި (ޚާއްޞަކޮށް ޑެންޑެލިއަންގައި) އަޅާ މައު. –ކ. 1. ވަގުތު މިނުން. މ. ރޭހެއްގެ. 2. ދުވެލީގެ ގޮތުގައި ރެކޯޑުވުން. މ. ލޯންޗު ދިހަ ސިކުންތުގެ ތެރޭގައި ސަތޭކަ މީޓަރު ކްލޮކް ކުރިއެވެ. 3. ނުރަސްމީ ބަހުރުވައިން ޖެހުން. clock golf ގޮލްފު ލޯވަޅުގެ ވަށައިގެންވާ ފާހަގަތަކަކުން ބޯޅަ ޖަހައިގެން ކުޅޭ ގޮލްފް. clock in/on މަސައްކަތަށް ހާޒިރުވި ވަގުތު ރަޖިސްޓަރީ ކުރުން. clock out/off މަސައްކަތުން ދާ ގަޑި ރަޖިސްޓަރީ ކުރުން. clock- watcher މަސައްކަތް ނިމޭ ގަޑިއަށް ބަލަބަލައި ހުންނަ މުވައްޒަފު.
clockކްލޮކް. ނ. އިސްޓާކީނެއްގެ ނުވަތަ ސްޓޮކިން އެއްގެ އަރިމަތީގައި ރީއްޗަކަށް ހަދައިފައި ހުންނަ ކުރެހުމެއް.
clockwiseކްލޮކްވައިސް. ނއ. ނއ، ކއ. ގަޑީގެ ކަށި އެނބުރޭ ފަދައިން، ވަށައިގެން ވާތްފަރާތުން ކަނާތްފަރާތަށް ޙަރަކާތްކުރާ.
clockworkކްލޮކްވާރކް. ނ. ގަޑިއެއްގައިހެން ސޯބުތަކާއި އިސްފިރޭނު ހިމެނޭ އާލަތެއް. clockwork toys ޗާބީޖަހައިގެން ހިންގާ ކުޑަކުދިން ކުޅޭ ތަކެތި. like clockwork ބަރާބަރަށް ހިނގާ.
clodކްލޮޑް. ނ. މަށި ވެލި މުކެއް ނުވަތަ ގުޅަވަރެއް.
clodhoppersކްލޮޑް ހޮޕާރސް. ނ. ބޮޑެތި ބަރު ބޫޓު.
clogކްލޮގް. ނ. ތިރީބައި ލަކުޑިން ހަދައިފައިވާ ފައިވާން. –ކ. ބެދުން (ހޮޅިއެއް ފަދަ އެއްޗެއް). ބައްދާލުން.
cloisterކްލޮއިސްޓަރ. ނ. 1. ފައްޅިއެއް ފަދަ ތަނެއްގެ އެތެރޭ ބަގީޗާއެއް (ކޯޓްޔާޑެއް ނުވަތަ ފަނާއުއެއް) ވަށައިގެން އޮންނަ ފެންޑާ. 2. ދައިރެއް. ނުވަތަ އެތަނުގެ ދިރިއުޅުން.
cloisteredކްލޮއިސްޓާރޑް. ނއ. 1. އެހެންމީހުންނާ އެކަހެރިވެގެން. ރައްކާތެރިކަމުގައި.
cloneކްލޯން. ނ. 1. އެއް ގަހަކުން ނުވަތަ އެއް ދިރުމަކުން (ޖޯޑުވުމެއް ނެތި) އުފެދިފައިވާ ގަސްތަކެއް ނުވަތަ އެހެން ދިރުންތަކެއްގެ ގުރޫޕެއް. މި ފަދަ ގުރޫޕެއްގެ އެއް ދިރުން. –ކ. (ގޮފިން ގަސް ރޯކޮށްގެން ހެއްދުން ފަދަ) މިގޮތަށް ދިރުން ގިނަކުރުން ނުވަތަ ގިނަވުން.
closeކްލޯސް. ނއ. 1. ތަނަކާ ގާތުގައި. 2. އާއިލީގޮތުން ގާތް. 3. އެކަކު އަނެކަކާ ޖަޒުބާތުގެ ގޮތުން ގާތް. މ. ކްލޯސް ރައްޓެހިން. 4. ގާތްގަނޑަކަށް އެއް ވައްތަރު. 5. މުބާރާތެއްގެ ހުރިހާ ފަރާތްތަކެއް ވަރަށް އެއް ފެންވަރެއްގައި މ. ކްލޯސް ކޮންޓެސްޓް. 6. ވަރަށް ގާތުގައި، ކައިރީގައި، މ. ފޮތީގެ އުއިތައް. 7. ތަފްޞީލީ. ދޫކޮށްލާފައިވާ ބައެއް ނުވަތަ ދެރަ ކަމެއް ނުވާ. 8. ސިއްރުވެރި. 9. ދަހި. 10. ވައިގެ ތެތްކަން ބޮޑު. ދާހިއްލާ. ސާފުވައެއް ނެތް. –ކއ. ގާތުގައި. އެމީހުން ދިރިއުޅެނީ ކްލޯސް ބައި ކޮށެވެ. –ނ. 1. އެއްކޮޅު ބެދިފައިވާ މަގެއް. 2. ފައްޅިއެއް ނުވަތަ ކެތީޑްރަލް އެއްގެ ކައިރީގައިވާ ހުސްތަން. ކއ. closely. ނ.closeness . at close quarters ވަރަށް ގާތުގައި. close season އެއްގަމު ޝިކާރަކުރުން މަނާ ދުވަސްވަރު. a close shave ޝޭވް ބަލާ. close-up ސާފުކޮށް ތަމްޞީލު އެނގޭ ފޮޓޯއެއް ނުވަތަ ލިޔުމެއް.
closeކްލޯޒް. ނ. ކ. 1. ލެއްޕުން. 2. ޢާއްމުންނަށް ހުޅުވިފައި ނުވާކަން އިޢުލާނުކުރުން ނުވަތަ ޢާއްމުންނަށް ނުހުޅުވުން. 3. ކަމެއް ނިމުމަކަށް އައުން ނުވަތަ ގެނައުން. 4. ދެ އެއްޗެއް ގާތްވުން ނުވަތަ ގާތްކުރުން. 5. ބަޑި ޖެހޭ ހިސާބަށް އައުން. އަތުން ތަޅާފޮޅުން. –ނ. ނިމުމެއް. އަވަދިވުން. a closed book މީހަކު ދުވަހަކުވެސް ނުކިޔަވާ މާއްދާއެއް. closed circuit television ހަމަ އެކަނި ބައެއް މީހުންނަށް ފެންނަ ގޮތަށް ނަރު ބޭނުންކޮށްގެން އެހެން ޓެލިވިޜަން ސެޓްތަކަށް ފޮނުވާ ޓެލިވިޜަން. close down މުޅިން ބަންދުކުރުން. (ފިހާރައެއް، އެޖެންސީއެއް، ކުންފުންޏެއްގެ) މަސައްކަތް މުޅިން ހުއްޓާލުން. closedown މިގޮތަށް ތަނެއް ބަންދުކުރުމުގެ ޙާލަތެއް. closed shop ބައެއް ތަންތަނުގައި ވަޒީފާ އަދާކުރާއިރު، ވަޒީފާގެ ޝަރުޠެއްގެ ގޮތުގައި މުވައްޒަފުންގެ ޖަމްޢިއްޔާގައި ބައިވެރިވުން މަޖުބޫރުވާ ނިޒާމް. close in ބައްދާލުމުގެ ގޮތުން ނުވަތަ ހިފުމުގެ ގޮތުން ވަށައިގެން ގާތްވުން. ދަންތުރައެއްގައި ޖެއްސުން. close with މީހަކު ހުށަހެޅި ހުށަހެޅުމެއް ޤަބޫލުކުރުން.
closetކްލޮޒަޓް. ކްލޯޒިޓް. ނ. 1. ކަބަޑެއް. 2. ކުޑަ ގުދަނެއް. –ކ. އަމިއްލަ އަށް އުނގެނެން ނުވަތަ ވާހަކަތަކެއް ދެއްކުމަށް އެކަހެރިވުން.
closureކްލޯޒަރ. ނ. 1. ލެއްޕުމެއް. ބަންދުކުރެވިފައިވާ ޙާލަތް. 2. (ޖަލްސާއެއްގައި) މަޝްވަރާތައް ހުއްޓައި، ވޯޓަށް އެހުމަށް ނިންމާ ނިންމުން.
clotކްލޮޓް. ނ. 1. ލެއިން ނުވަތަ އެހެންވެސް ދިޔައަކުން އުފެދިފައިވާ ކުޑަ ގަނޑުއެތިކޮޅެއް. 2. ނުރަސްމީ ބަހުރުވައިން ސޭކުމީހެއް. clotted cream ހޫނު އާވިން އޮލަކޮށްފައިވާ ކްރީމް.
clothކްލޯތް. ނ. 1. ވިޔެފައިވާ ނުވަތަ އުއި ތަޅައިގެން ހަދައިފައިވާ ފޮތި. 2. ޚާއްޞަ ކަމަކަށް ތައްޔާރުކޮށްފައިވާ ފޮތި. މ. މޭޒުމަތީ އަޅާ ކްލޯތު. 3. ފައްޅީގެ މީހުން އަޅާ ހެދުން. ނުވަތަ ފައްޅީގެ އިސްމީހުން. މ. އޭނާގެ ކްލޯތް އަށް ކުރާ ހުރުމަތަކުން ތެދުވީއެވެ.
clotheކްލޯތް. ކ. އަންނައުނު ލުން ނުވަތަ އަންނައުނު ހޯދައިދިނުން.
clothesކްލޯތްސް. ނ. 1. އަތްފަޔާއި ގައި ފޮރުވަންލާ އެއްޗެތި. އަންނައުނު. ހެދުން. 2. އެނދުގައި އަޅާ ފޮތި. clothes- horse ތަކެތި ހިއްކަން ނުވަތަ ވައި ޖައްސަށް އަޅާ ބިންމަތީގައި ހުންނަ ހަރު. clothes-line ތަކެތި ހިއްކަން ނުވަތަ ވައިޖައްސަން އަޅާ ނަނު. clothes-peg އަންނައުނު ނަނެއްގައި ނުވަތަ އެހެން ވެސް އެއްޗެއްގައި އަޅާއިރު، ވަޔާ ގޮއްސާނެތީ ބޭނުންކުރާ ދަތި.
clothierކްލޯތިއަރ. ނ. ފިރިހެނުންގެ އަންނައުނު ވިއްކާ މީހެއް.
clothingކްލޯތިންގ. ނ. އަންނައުނު، ހެދުން.
cloudކްލައުޑް. ނ. 1. ޖައްވުގައި ފެންނަން ހުންނަ އުދުހޭ އާވި. ވިލާ. 2. ދުން ނުވަތަ ދުންފިނި ގަނޑުގަނޑު. 3. ޖައްވުގައި އުދުހޭ އެތިގަނޑުގަނޑު. މ. ދޮންދޫނި ކްލައުޑެއް. 4. ހިތާމައާއި މައްސަލަތަކުގެ ޙާލަތެއް. –ކ. 1. ހިތާމައިން ނުވަތަ ވިލައިން ފޮރުވުން. 2. ސާފުވެފައި ނެތުން ނުވަތަ ހިތާމަވެރިކަން ފެތުރުން ނުވަތަ ވިއްސާރަ ނެގުން. under a cloud ވައިން ކަޓާފައި، ރުހުން ނެތިފައިވުން. ޝައްކު ކުރެވޭ ނުވަތަ އިޙްތިރާމް ގެއްލިފައިވާ ޙާލަތެއްގައި. ”އެހެލާފައިވުން“. with one’s head in the clouds ވަގުތީ ގޮތުން، ތިމާ ހުރި މާހައުލާ ދުރަށް ފިކުރުގޮސް، އުފާވެރި ޚިޔާލުތަކެއްގައިވުން.
cloudburstކްލައުޑްބާރސްޓް. ނ. ކުއްލިއަކަށް ބޯކޮށް އަންނަ ކެރިގަނޑު.
cloudlessކްލައުޑްލަސް. ނއ. ވިލާނެތް.
cloudyކްލައުޑީ. ނއ. 1. ވިލާ ގިނަ. 2. ސާފުނޫން. އަޑި ނުފެންނަ. މ. ކްލައުޑީ ފެންގަނޑެއް. ނ. cloudiness.
cloutކްލައުޓް. ނ. 1. ޖަހާ ޖެހުމެއް. 2. ޙަރަކާތެއް ހިންގުމުގެ ބާރު ލިބިގެންވާ. ކްލައުޓް ލިބިފައިވާ ޓްރޭޑް ޔުނިއަނެއް. 3. ބޯދާބަހެއްގެ ގޮތުގައި، އަންނައުނު. –ކ. ނުރަސްމީ ބަހުރުވައިން ޖެހުން.
cloveކްލޯވް. ކްލީވް ބަލާ.
cloveކްލޯވް. ނ. ގޮނޑިލާ ފައިބާ ވަކިވަކި ތަކެތީގެ ގޮނޑިއެއް ނުވަތަ ބޮނޑިއެއް. މ. ކްލަވް އޮފް ގާރލިކް. ލޮނުމެދު ބޮނޑިއެއް.
cloveކްލޯވް. ނ. ރަހަލެއްވުމަށް ހަވާދެއްގެ ގޮތުގައި ބޭނުންކުރާ ގަހެއްގެ ނުފޮޅޭ މައު. ކަރަންފޫ.
clove-hitchކޮލޯވް ހިޗް. ނ. ދަނޑިއެއްގައި ވަލެއް އެއްސުމަށް ޖަހާ ގޮށެއްގެ ވައްތަރެއް.
clovenކްލޯވަން. ކްލީވް ބަލާ. cloven hoofކްލޯވަން ހޫފް. ކަންބަޅީގަހެން މޮށްގަނޑު ބައިބައިވެފައި ހުރި.
cloverކްލޯވަރ. ނ. ގެރިބަކަރިއަށް ކާންދޭ، ފަތެއްގައި ތިންބައި ހުންނަ ގަހެއް. clover leaf ހަތަރުފަތް ލީ އެކުވި ކްލޯވާރ ފަތެއްގެ ބައްޓަމަށް މަގުތަކެއް ހުރަސްވާ ތަނެއް. in clover އުފަލާއި އަރާމުގައި.
clownކްލައުން. ނ. 1. (ޚާއްޞަކޮށް ޗަރުކޭހެއްގައި) މީހުން ހެއްވަން ހެދުން އަޅައި ބޮޑަށް މޭކަޕްކޮށްގެން އުޅޭ މީހެއް. 2. އަބަދުވެސް ހެއްވާ ގޮތަށް އުޅޭ މީހެއް. –ކ. ކްލައުން އެއްހެން އުޅުން. މީހުން ހެއްވާގޮތަށް އުޅުން.
cloyކްލޯއި. ކ. 1. ފުރަތަމަ ކޮޅުގައި މަޖާ ނުވަތަ އުފާ ގެނެސްދޭ ކަމަކަށް ވިއަސް ފަހުން ބޮލަށް އުނދަގޫވުން ނުވަތަ ރުޅިއަންނަގޮތްވުން. 2. އެއްޗެއް މާ ގިނައިން ދީގެން ބަލިކޮށްލުން. ނއ. cloying ބަލިވާ ވަރަށް ފޮނިގަދަ.
clubކްލަބް. ނ. 1. ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ އެއްކޮޅު ފަލަ ދަނޑިބުރިއެއް. މުގުރެއް. 2. ގޮލްފު ކުޅެން ގެންގުޅޭ ދަނޑި. 3. ތާސްބައިގެ ޗިޅިޔާ ރަނގަ. 4. ކުޅިވަރާއި މުނިފޫހިފިލުވުން މެންބަރުންނަށް ދިނުމަށް އުފައްދާފައިވާ ޖަމްޢިއްޔާއެއް. އެމީހުންގެ ޢިމާރާތްތަކާއި ބިން. މ. ޓެނިސްކްލަބް. 5. އިޝްތިރާކު ދޭ މީހުންނަށް މަންފާއެއް ހޯދައިދޭ ޖަމާޢަތެއް. މ. ފޮތް ކްލަބް. –ކ. 1. މުގުރަކުން ޖެހުން. 2. ކަމެއްގައި އިސްތިރާކު ދީގެން ބައިވެރިވުން. މ. އަހުރެމެން ދޯންޏެއް ގަތުމަށް ކްލަބް ކުރަމާ ހިނގާށެވެ. club-foot އުފަންވި އިރު ފައިތިލައިގައ އުނިކަމެއް ހުންނަ ފައިތިލަ. club-root ބޮޑިކޮޕީ ފަދަ ބައެއް ގަސްގަހުގެ މޫތައް ގުރުޑުވާ ބައްޔެއް. club sandwich ތިން ފަށަން ޕާން ހިމެނޭ، މަހާއި ތަރުކާރީ އަޅާފައި ހުންނަ ސޭންޑްވިޗް.
clubbableކްލަބަބްލް. ނއ. މީހުންނާ ގުޅޭ. އިޖްތިމާޢީ ކްލަބްއަކާ ޠަބީޢީ ގޮތުން ގުޅޭ ކަހަލަ މިޒާޖެއް ހުރި.
cluckކްލަކް. ނ. ކަރުން އަޑު ނެރެ ކުކުޅު ގޮވާ އަޑު. –ކ. މިގޮތަށް ގޮވުން.
clueކްލޫ. ނ. 1. މައްސަލައެއްގެ ހައްލު ހޯދައިދޭން އެހީތެރިވާ ޚިޔާލެއް ނުވަތަ މަޢުލޫމާތެއް. އިޝާރާތެއް، ދަލީލެއް. 2. ބުރަފަތި ލަފުޒު އަރަތެއްގައި، ކޮން ލަފުޒެއްކަން ބޭނުންކުރަންވީ އަންގައިދޭ އިޝާރާތުގެ ޢިބާރާތް. –ކ. ކްލޫއެއް ހުށަހެޅުން ނުވަތަ ދިނުން. clue up ނުރަސްމީ ބަހުން މަޢުލޫމާތު ދިނުން.
cluelessކްލޫލަސް. ނއ. 1. ކްލޫއެއް ނުވާ. 2. ހުތުރުބަހުން ތަނެއްދޮރެއް ނޭނގޭ.
clumpކްލަމްޕް. 1. އެކުވެފައިވާ އެތިގަނޑެއް ނުވަތަ އެތިކޮޅެއް. މ. ގަސްތަކެއްގެ ކްލަމްޕް އެއް. މަށީގެ ކްލަމްޕް އެއް. –ކ. 1. ކްލަމްޕްވުން ނުވަތަ ވާގޮތް ހެދުން. ކްލަމްޕްއެއްގެ ގޮތަށް އެތުރުން. 2. ބިންމަތީގައި ފައިތިލަ ބާރަށް ބަހައްޓަމުން ހިނގުން. 3. ނުރަސްމީ ބަހުރުވައިން ޖެހުން.
clumsyކްލަމްސީ. ނއ. 1. ހަރަކާތްތައް ނުވަތަ ބައްޓަން ބަރުހެލިވެފައި ހުތުރު. 2. ބޮޑު ވެފައި ބޭނުންކުރަން އުނދަގޫ. މ. ކްލަމްސީ އަލަމާރިއެއް. 3. ހުނަރެއް ޤަދަރެއް ނެތި. މ. ކްލަމްސީ މަޢާފަށް އެދުމެއް. ކއ. clumsily. ނ. clumsiness.
clungކްލަންގ. ބަލާ ކްލައިން (މި ލަފުޒުގެ ނިމުނު ޒަމާން)
clunkކްލަންކް. ނ. ބަރު ދެ އެއްޗެއް ޖެހުމުން ކިޔާ ކަހަލަ ބުން އަޑެއް. މ. ބޮޑުދޮރު ކްލަންކް އަކާ އެކު އޭނާ ލައްޕައިފިއެވެ. –ކ. މިފަދަ އަޑެއް ކިޔާ ގޮތް ހެދުން.
clusterކްލަސްޓަރ. ނ. 1. އެހެންމީހުން ބައިވެރިނުކުރާ ކުޑަ ޖަމާޢަތެއް. ކޯޅިއެއް. އެއް ވައްތަރެއްގެ އެއްޗެތިތަކެއް އެއްތަނަކުން ފެންނަ ފެނުން. މ. ގެތަކުގެ ކްލަސްޓަރ އެއް، ތަރިތަކުގެ ކްލަސްޓަރ އެއް، އެކުގައި މަސައްކަތްކުރާ ގޮތަށް ގުޅާފައި ހުންނަ ކޮމްޕިއުޓަރުތަކެއްގެ ކްލަސްޓަރ އެއް. cluster bomb ދަގަނޑު ބައިތަކެއް ބުރުއްސައިގެން ދާގޮތަށް ހަދާފައި ހުންނަ ބޮން.
clutchކްލަޗް. ކ. ބާރަށް އެއްޗެއްގައި ހިފުން. –ނ. 1. ބާރަށް އެއްޗެއްގައި ހިފާ ހިފުން. 2. މެޝިނުގެ އެކިބައިތައް ނުހިނގާ ގޮތަށް ކަނޑާލެވޭހެން ހެދުމަށް ބޭނުންކުރާ އެއްޗެއް. މި ގޮތަށް ކަނޑާލުމަށް ބޭނުންކުރާ ހެންޑެލި ނުވަތަ ޕެޑަލް ނުވަތަ ފައިއޮބި. get into a person’s clutches މީހެއްގެ އަތްދަށުވުން ނުވަތަ މީހެއްގެ ކޮންޓްރޯލްގެ ދަށަށް ދިއުން.
clutchކްލަޗް. ނ. 1. ފީކުރުމަށް ބޭނުންކުރާ ބިސްތަކެއް. 2. މިފަދަ ބިސްތަކަކުން އުފެދޭ ފިޔޮއް.
clutterކްލަޓަރ. ނ. 1. ތަކެތި ތަރުތީބެއް ނެތި ހުންނަ ހުރުން. ތަންތަނަށް އުކިފައި ތަކެތި ހުންނަ ހުރުން. 2. ތަކެތި ގިނަވެފައިވާ ހުތުރު ޙާލަތެއް. –ކ. ތަރުތީބެއް ނެތި ތަކެތި ބަހައްޓައިގެން ތަނެއް ފުރާލުން.
Clwydކްލޫއިޑް. ނ. ވޭލްސްގެ ކައުންޓީއެއް.
Clydesdaleކްލައިޑްސްޑޭލް. ނ. ތަކެތި ދަމަން ގެންގުޅޭ ވަރަށް ވަރުގަދަ އަސް.
cmސީއެމް. ކުރުކޮށް ސެންޓިމީޓަރު.
co.ކޯ. ކުރުކޮށް ކޮމްޕެނީ ނުވަތަ ކައުންޓީ.
COސީއޯ. ނ. ކުރުކޮށް ކޮމާންޑިން އޮފިސަރ.
c/oކުރުކޮށް، ކެއަރ އޮފް. (މީހެއްގެ ޙަވާލުގައި ފޮނުވާއިރު ނަމުގެ ކުރީގައި ޖަހާ ރަމްޒެއް.)
co-ކޯ. ބައެއް ލަފުޒު އުފައްދާއިރު ކުރިއަށް އިތުރުކުރާ ބައެއް. މާނައަކީ ގުޅިގެން މ. ކޯ-އޯތަރ. ކޯއިގްޒިސްޓަންސް.
coachކޯޗް. ނ. 1. ހަތަރު ފުރޮޅުލީ ބޮޑު އަސްގާޑިއަލެއް. 2. ރޭލެއްގެ މީހުންތިބޭ ބައެއް. 3. ދުރަށް ދަތުރުކުރާ ބަހެއް. 4. ކުޅިވަރު ކުޅޭއިރު އިރުޝާދުދޭ މުރުޝިދު. 5. ޕްރައިވެޓް ޓިއުޝަން ދޭ މުދައްރިސެއް. –ކ. ތަމްރީނުކުރުން ނުވަތަ ކިޔަވައިދިނުން.
coachworkކޯޗްވާރކް. ނ. އެއްގަމު އުޅަނދެއްގެ ފޮށިގަނޑު ގެ މަސައްކަތް.
coagulateކޯއެގިޔުލޭޓް. ކ. ދިޔާ އެއްޗެއް ކުޑަކޮށް ހަލުވިދާގޮތަށް އޮލަވުން ނުވަތަ ފުއްފުކަށް ބަދަލުވުން. ނ. coagulation.
coalކޯލް. ނ. 1. ބިމުން ނަގާ އަލިފާންރޯވާ ކަޅު ހަރު އެއްޗެއް. މި ބޭނުންކުރަނީ ހޫނު އުފެއްދުމަށް ރޯކުރާށެވެ. ބޯޓުދެލި. ކޯލާ. 2. މީގެ އެތިކޮޅެއް، ރޯވެފައިވާ މީގެ އެތިކޮޅެއް. –ކ. ބޯޓުދެލި އެއްޗަކަށް ބަރުކުރުން ނުވަތަ އެޅުން. carry coal to Newcastle އެތަކެތި ގިނައިން ލިބެން ހުރި ތަނަކަށް އެއްޗެއް ގެންދިއުން. coal-face ބޯޓުދެލި ބިމުން ނަގާތަނެއްގެ ކޯލް ފެންނަން ހުންނަ ތަންތަން. coalfield ކޯލް ބިމުގެ އަޑީގައި ހުންނަ ސަރަޙައްދެއް. coal gas ކޯލް އަންދައިގެން ނުވަތަ ހޫނުކޮށްގެން ނުކުންނަ ގޭސް. މި ގޭސް ބޭނުން ކުރަނީ ހޫނުކުރުމަށާއި ބައްތި ދިއްލުމަށެވެ. coal-mine ކޯލް ބިމުގެ އަޑިން ނަގާ ވަޅެއް. coal tar ކޯލް ގޭހަށް ބަދަލުކުރުމުން އުފެދޭ ތާރު. heap coals of fire ނުބައިކަމެއް ކުރީމާ އޭގެ ބަދަލުގައި ހެޔޮކަންތައްތަކެއް ކޮށްގެން އެކަންކުރިމީހާ ހިތްދަތިކުރުވުން.
coalesceކޮއެލެސް. ކ. ގުޅި، އެކުވެ އެކައްޗަކަށް ވުން. ތަލްފީޤުވުން. ނ. coalescence.
coalitionކޮއެލިޝަން. ނ. 1. ގުޅުމެއް. އިއްތިޙާދު. 2. ސިޔާސީ ޕާޓީތައް ވަގުތީގޮތުން ކަމެއް ޙާޞިލްކުރުމަށް ގުޅޭ ގުޅުމެއް.
coarseކޯސް. ނއ. 1. މާކުދި ނޫން އެތިކޮޅުތަކަކުން އެކުލެވިފައި. ރާޅު. ހިމުންނޫން. ހިކި ވެލިފަދައިން ތަތްނުލައި އޮހޭ. 2. އުޅުމާއި އަޚުލާޤުގައި ގޮތެއްފޮތެއް ނެތް. ތަހުޒީބުވެފައި ނުވާ. މ. ކޯސް ބަހުރުވަ. ހުތުރުބަހުން ވާހަކަ ދައްކާ. 3. ފެންވަރު ދެރަ. ދޭސީ. މ. ކޯސް ފިޝް: ކޯރުން ބާނާ އަގެއްނެތް މަސްތައް. ކއ. coarsely. ނ. coarseness .
coarsenކޯސަން. ކ. ރާޅުކުރުން ނުވަތަ ރާޅުވުން.
coastކޯސްޓް. ނ. ގޮނޑުދޮށް އަދި އެއާކައިރީގައިވާ ސަރަޙައްދު. އަތިރިމަތި. ސާޙިލް، ކިނާރާ. މިތަންތަނުގައި ވަށައިގެން ދަމާ ރޮނގު. –ކ. 1. އުޅަނދެއް ގޮނޑުދޮށާ ކައިރި ހިސާބުން ދުއްވުން. 2. ކަތިކޮށް އޮތް ތަނަކު ފުރޮޅުލީއެއްޗެއް އިންޖީނުގެ ބާރާނުލާ ދުއްވުން. the coast is clear. ހުރަސްއަޅާނޭ އެއްޗެއް ނުވަތަ ފެންނާނޭ މީހެއް ނެތް.
coastalކޯސްޓަލް. ނއ. އަތިރިމައްޗާ ގާތުގައި ނުވަތަ އަތިރިމައްޗާ ބެހޭ.
coasterކޯސްޓަރ. ނ. 1. އައްސޭރި ފަށުގައިވާ ދެ ބަނދަރެއްގެ ދެމެދު ވިޔަފާރިއަށް ދުއްވާ އުޅަނދު. 2. އެއްޗެއް އޮއްސާއިރު ތިރިއަށް ފައިބާފާނެތީ ތިރިއަށްލާ ތަށި ނުވަތަ ތަބައް. ބިއްލޫރިތަށީގެ ތިރިއަށްލާ ކުޑަ ކަރުދާސް ނުވަތަ އެހެންވެސް އެއްޗަކުން ހަދައިފައިވާ ކުނާކޮޅެއް.
coastguardކޯސްޓްގާރޑް. ނ. 1. ތަކެތި ވަގަށް އެތެރެކުރޭތޯ އަދި އެހެންވެސް ކަންކަން ބަލަން އައްސޭރިފަށުން ދަތުރުކުރާ އޮޑިދޯނި ފަހަރު ބަލާ ދައުލަތުގެ މުއައްސަސާއެއް. 2. މި މުއައްސަސާގެ މެންބަރެއް.
coastlineކޯސްޓްލައިން. ނ. އައްސޭރިފަށުގެ ބައްޓަން ނުވަތަ އަރިމަތިން ދަމާ ރޮނގު.
coatކޯޓް. ނ. 1. ބޭރުގައި އުޅޭއިރު، އެހެން ތަކެތީގެ މަތިން ގިނަ ފަހަރު ލާ އަތްލީ ހެދުމެއް. 2. ޖަނަވާރެއްގެ ގައިގައި ފަޅާފައިވާ ކެހެރިގަނޑު. 3. އެއްޗެއް މުޅިން ފޮރުވާ މަތީގައިލާ ދުއްޔެއް. މ. ދަވާދު ދެ ކޯޓު ލާށެވެ. coat of arms އާއިލާއެއްގެ ނުވަތަ ރަށެއްގެ ނުވަތަ މުއައްސަސާއެއްގެ ނިޝާނެއް. މިއީ ކުރިން އައްޑަނައިގައި ކުރަހާ ނިޝާނެކެވެ.
coateeކޯޓީ. ނ. އަންހެނެއްގެ ނުވަތަ ކުޑަކުއްޖެއްގެ ކުރު ކޯޓެއް.
coatingކޯޓިން. ނ. 1. ބޭރުފުށުގައި ނިވާކުރަންލާ ފަށަލައެއް. މ. ދަވާދު. 2. ކޯޓުފަހާ ފޮތި.
coaxކޯކްސް. ކ. 1. މީހަކާ ތަކުރާރުކޮށް އުޅެގެން އޭނާ ލައްވާ ވަކި އެއްޗެއް ޤަބޫލުކުރުވުން. 2. އެއްޗެއް މިގޮތުގެ މަތިން ހޯދުން. މ. އެކަނބުލޭގެ ކޯކްސްކޮށްގެން ހިނިތުންވުމެއް އޭނާ ހޯދިއެވެ.
coaxialކޯއެކްސިއަލް. ނއ. އެއް ނާރެސްއެއް ހިމެނޭ. coaxial cable ނަރުގެ ބާވަތެއް. މި ބާވަތުގެ ނަރުގައި ދެ ނަރު ހިމެނެއެވެ. އެއް ނަރު ވަނީ އަނެއް ނަރުގެ މެދުގައި ދެނަރު ނުގުޅޭ ގޮތަށް ދެމެދަށް ދާފަރާލާފައެވެ.
cobކޮބް. ނ. 1. ފިރިހެން ކަރު ދިގު ބޮޑު އަސްދޫންޏެއް (ސްވޯން ނުވަތަ ހާވާ). 2. ކުރު ފައިހުންނަ ވަރުގަދަ އަހެއް. 3. ޒުވާރި ކުރަގަނޑުގެ މަދު.
cobaltކޮބާލްޓް. ނ. ކެމިކަލް އުންސުރެއް. މިއީ ބެޓެރީ ހެދުމަށާއި ރޭޑިއޯއެކްޓިވް ތަކެތި ބޭނުންކުރާ ބޭސްވެރިކަމުގައި ބޭނުން ކުރާ އެއްޗެކެވެ. 2، މިއިން އުފައްދާ ގަދަ ނޫކުލައެއް.
cobberކޮބަރ. ނ. އޮސްޓްރޭލިއާ އާއި ނިޔުޒީލެންޑް ބަހުރުވައިގައި ގާތް ރައްޓެއްސެއް،
cobbleކޮބްލް. ނ. ވަށްކޮށް މަގުމަތީގައި އަތުރަން ގެންގުޅޭ ވަށް ގަލެއް. cobble-stone.. –ކ. މި ބާވަތުގެ ގައު އެތުރުން.
cobbleކޮބްލް. ކ. އެއްޗެއް ރޭވުން. ބަރާބަރު ނޫންގޮތަކަށް އެއްޗެތިތަކެއް ގުޅުވުން.
cobblerކޮބްލަރ. ނ. 1. ފައިވާން، ބޫޓު ފަދަ ތަކެތި މަރާމާތުކުރާ މީހެއް. 2. ފިނިކޮށްފައި ހުންނަ ރަލާއި، ހަކުރާއި ހުތް އަޅާފައި ހުންނަ ބުއިމެއް. cobbers ތާކުންތާކު ނުޖެހޭ ވާހަކަ.
COBOLކޯބޮލް. ނ. ވިޔަފާރީގެ ޕްރޮގްރާމްތައް ލިޔަން ބޭނުންކުރާ، ހައި ލެވެލް ކޮމްޕިއުޓަރ ޕްރޮގްރާމް ކުރާ ލޭންގްވިޖެއް.
cobraކޮބްރާ. ކޯބްރާ. ނ. އިންޑިއާ އާއި އެފްރިކާގައި އުޅޭ ވިހަގަދަ ހަރުފައެއް. ނާގަހަރުފަ. ކޮބާރާ.
cobwebކޮބްވެބް. ނ. މަކުނުވައު. މިއިން ވަލެއް.
cocaineކޮކޭން. ނ. ތަންތަނުން ތަދުވާތީއާއި ޑްރަގް ބޯ މީހުން ބޭނުންކުރާ ގަހަކުން ނަގާ ކެމިކަލެއް.
cochinealކޮޗިނީލް. ނ. ބައެއް ހަޝާރާ (ހަފައިލީ ދިރޭ ތަކެތި) މަރުވުމުން އޭގެ ތޮށިގަނޑު ހިއްކައިގެން އުފައްދާ ރަތްކުލައިގެ ކުލައެއް.
cockކޮކް. ނ. 1. ކުކުޅުހައު ގެ ތެރެއިން ހައު. old cock ފިރިހެނުންނަށް ހުތުރުގޮތަކަށް މުޚާޠަބުކުރާ ގޮތެއް. 2. ފެން އަންނަވަރު ނުވަތަ އެހެންވެސް ދިޔައެއް ފޭބުން ކޮންޓްރޯލް ކުރަން ބޭނުން ކުރާ އިސްކުރު. 3. ހުތުރު ބަހުން ޒަކަރު. 4. ބަޑި ޖެހުމަށް ތައްޔާރުކޮށް އަޅުވައިފައިވާ ފާލު. at half cock ކަމެއް ކުރުމަށް ދެބައިކުޅަ އެއްބަޔަށް ތައްޔާރު ވެފައިވާ. –ކ. 1. އެއްޗެއް މައްޗަށް ގުދުކޮށްލުން ނުވަތަ ގުދުވުން. މ. ކުއްތާއެއްގެ ކަންފަތް. 2. ބަޑިއެއް ޖެހުމަށް ފާލު އަޅުވާ ތައްޔާރުކޮށްފައި. ފޮޓޯއެއް ނެގުމަށް ހުރިހާ ކަމެއް ތައްޔާރުކޮށް ޝަޓަރ އަށް ފިތާލަން ޖެހިފައި. cock-a-doodle do ހާލެއް ގޮވުމުގެ އަޑު. cock-a-hoop ނއ. ކއ. އުފާވެރިކަން އައިސްފައި. ކާމިޔާބު ވެފައި. cock-a-leekie ހާލަކާއި ލީކްސް އެއްކޮށް ކައްކައިގެން ސްކޮޓްލަންޑް މީހުން ކައްކާ ކާނާއެއް. cock-and-bull story ޤަބޫލުކުރަން ނުވާކަހަލަ ތާކުން ތާކު ނުޖެހޭ ވާހަކައެއް. cock-crow ފަތިސް. ހާތައް ގޮވަން ފަށާ ވަގުތު. cock-fighting ކުޅިވަރެއްގެ ގޮތުގައި ހާތެޅުވުން. cock of the walk އެންމެ ނުފޫޒު ގަދަ މީހާ.
cockކޮކް. ނ. ކުރާކެނޑީމާ ހުންނަ ބައިތައް ހިއްކުމަށް، ގަސްތަކުގެ މޫތައް އެކުގައި ބަނދެ އެކޮޅުކޮޅުން ޖަހާފައި ހުންނަ ފުނިތައް. –ކ. މިގޮތަށް ގަސްތައް ޖެހުން.
cockadeކޮކޭޑް. ނ. ބެޖެއްގެ ގޮތުގައި ތޮފީގައި ހަރުކުރާ ރިބަނުން ހަދައިފައިވާ މަލެއް.
cockatooކޮކެޓޫ. ނ. ހުޅިއެއް ހުންނަ ގުރައެއް.
cockchaferކޮކްޗޭފަރ. ނ. އުދުހޭ ބޮޑު ރުކު މަޑިފާޑުގެ މަޑިއެއް.
cocked hatކޮކްޑް ހެޓް. ނ. ބައެއް ޔުނިފޯމާއެކު އަޅާ، ދެފަރާތުގެ އަރިމަތި މައްޗަށް ނަގައި ހަރުކޮށްފައި ހުންނަ ތޮތްޕެއް. knocked into a cocked hat ވަރަށް ބޮޑަށް ބަލިކޮށްލުން (ތެޅުމެއްގައި)، ވަރަށް ގަދަވުން.
cockerelކޮކަރަލް. ނ. ޅަ ހާލެއް.
cock-eyedކޮކް-އައިޑް. ނއ. 1. ކަތިކޮށް. ތެދެއްނޫން. 2. މޮޔަ، ނުކުރެވޭނޭ. މ. ކޮކްއައިޑް މަޝްރޫޢުއެއް.
cockleކޮކްލް. ނ. 1. މޫދުގައި އުޅޭ ކާންބޭނުން ކުރާ ބޮއްޔެއް. ގޮޅާ. 2. ކުޑަ ތިލަ އުޅަނދެއް. 3. ބޭރަށް ނިކުމެފައިވާ ބައެއް. ރޫޖެހި ގުދުވެފައިވާ ތަނެއް. –ކ. ހަރު އެއްޗެއް ރޫޖައްސާ ގުދުކުރުން ނުވަތަ ގުދުވުން. warm the cockles of one’s heart މީހަކު އުފާވާގޮތް ހެދުން.
cockneyކޮކްނީ. ނ. 1. ލަންޑަންގެ އީސްޓް އެންޑް އަށް ނިސްބަތްވާ މީހެއް. 2. އެ ސަރަޙައްދުގެ މީހުން ވާހަކަ ދައްކާ ގޮތް. –ނއ. އެމީހުންނަށް ނިސްބަތްވާ.
cockpitކޮކްޕިޓް. ނ. 1. ހާ ތަޅުވަން އަޑިކޮށް ހަދައިފައިވާ ބިންގަނޑު. 2. މަތިންދާބޯޓެއްގެ ފަޅުވެރިން ތިބޭ ކަމަރާގަނޑު. 3. ކުދި ޔޮޓު ފަހަރުގައި، ހުންގާނު ބުރު ހުންނަ ބައި. 4. ރޭސްޖަހާ ކާރެއްގައި ދުއްވާ މީހާ އިންނަތަން.
cockroachކޮކްރޯޗް. ނ. ބަދިގެތަކުގައި އުޅޭ އުދުހޭ މަޑިއެއް. ކުރަފި.
cocksureކޮކްޝުއަރ. ނއ. 1. ވަރަށް ބޮޑަށް ޤަބޫލުކުރެވިފައި. ވަރަށް ޔަޤީން. 2. އަމިއްލަ ހުނަރުތަކާއި ޤާބިލްކަމާ މެދު މާބޮޑަށް އިތުބާރުއޮތުން.
cocktailކޮކްޓެއިލް. ނ. 1. އެކި ތަކެތި އަޅައިގެން ހަދާ ރަލުގެ ބުޔުމެއް. 2. ކެއުމުގެ ކުރިން އަނގަމީރުކޮށްލަން، މޭވާ ނުވަތަ މޫދުގައި އުޅޭ ބައެއް ބާވަތުގެ ތަކެތި އަޅައިގެން ހަދާ ލުއިކާނާއެއް. fruit cocktail ތަފާތު މޭވާ ކުދިކޮށް ކޮށައިގެން ހަދާ ކާނާއެއް.
cockyކޮކީ. ނއ. ކިބުރުވެރި އަދި ބޮޑާ. ކއ. cockily. ނ. cockiness.
cocoaކޮކޯ. ނ. ބޮބީގެ ނަރުން ހަދައިފައި ހުންނަ ބޯ ކުނާ.
coconutކޮކޮނަޓް. ނ. 1. އެތެރޭގައިފެން ހުންނަ، ހޫނު ހިސާބުގައި ހެދޭ ރުކެއްގައި އަޅާ ހަރު ތޮށިގަނޑެއްވާ އޮށެއް. ކާށި. 2. ކެއުމަށް ބޭނުންކުރާ މިއޮށުގެ އެތެރޭ ފަށަލަ. ކާށި. coconut matting
cocoonކޮކޫން. ނ. 1. ފަންޏެއް ކޮކާލަކަށް ވުމުގެ ކުރިން އަންނަ ފިޔަވަހީގައި އޭގެ ވަށައިގެން އޮޅާ ފަށުވި. ފާރިސީބަހުން ޕީލަ. 2. ރައްކާތެރިކަމުގެ ތޮށިގަނޑެއް.
codކޮޑް. ނ. ކެއުމަށް ބޭނުންކުރާ ބޮޑު މަހެއް. cod-liver oil މި މަހުގެ މެއިން ހާނާ، ވިޓަމިން A އާއި D ގިނަ ތެލެއް.
codކޮޑް. ކުރުކޮށް codswallop.
cODކުރުކޮށް ކޭޝް އޮން ޑެލިވަރީ. (މުދައު ލިބުމުން އަގުދައްކާ).
codaކޯޑާ. ނ. މިޔުޒިކެއްގެ މައިގަނޑަށް ފަހު އަންނަ ނިންމާ ބައި.
coddleކޮޑްލް. ކ. 1. ވަރަށް ބޮޑަށް އަޅާލައި ހަންހާރަކުރުން. ވަރަށް އޯގާތެރިކަމާއެކު ހިތުން. ފަރަންސޭސިބަހުން މޯރީމަސް. 2. ބޮކިޖަހާ ނުކެކޭ ވަރުގެ ހޫނުގައި ކުކުޅުބިސް ރޯފިލުވުން.
codeކޯޑް. ނ. 1. ޤާނޫނުތަކެއް ނުވަތަ ޤަވާއިދުތަކެއް. 2. ސިއްރުކުރުމަށްޓަކައި، ކުރިން ހަމަޖައްސާ ރަމްޒުތަކަކުން ފޮނުވާ މެސެޖު ނުވަތަ ޢިބާރާތްތައް. 3. މެޝިނުން ސިއްރު މެސެޖު ފޮނުވުމަށް، އަކުރުތަކާއި ޢަދަދުތަކަށާއި ނިޝާންތަކަށް އެހެން އަކުރުތަކެއް ހަމަޖައްސައި ލިޔާ ނިޒާމް. މ. މޯސްކޯޑް. 4. ކޮމްޕިއުޓަރެއް ޕްރޮގްރާމްކުރަން ބޭނުންކުރާ ރަމްޒުތައް. –ކ. ކޯޑުން ލިޔުން ނުވަތަ ކޯޑަށް ފެއްތުން.
codeineކޯޑީން. ނ. ނިދި ގެނުވާ ނުވަތަ ތަދުފިލުވާ، އަފިހުނުން ވަކިކުރާ ހުދުކުލައިގެ ބޭހެއް.
codfishކޮޑްފިޝް. ނ. ކޮޑް މަހެއް.
codgerކޮޖަރ. ނ. ހެއްވާ ނުވަތަ އާދަޔާ ޚިލާފު ގޮތަކަށް އުޅޭ މުސްކުޅި ފިރިހެނެއް.
codicilކޮޑިސިލް. ނ. މުދައު ބެހުމާ ބެހޭ ވަޞިއްޔަތުނާމާއަކަށް އެއްކޮށްފައިވާ އިތުރު ބައެއް.
codifyކޮޑިފައި. ނ. ޤާނޫނުތަކާއި ގަވާއިދުތައް ވަކިހަމައަކުން ކޯޑަކަށް ތަރުތީބުކުރުން. ނ. codification.
codlingކޮޑްލިން. ނ. 1. ކެއްކުމަށް ބޭނުންކުރާ ބާވަތެއްގެ އާފަލެއް. 2. އޭގެ ފަނި އާފަލު ކާނާއަކަށް ބަލާ ބަޅިދެއް.
codlingކޮޑްލިން. ނ. ކޮޑް މަހެއްގެ ކުޑަ ނުވަތަ ޅަ އެއްޗެއް.
codpieceކޮޑްޕީސް. ނ. އިހުޒަމާނުގައި އަދި މިހާރު ބައެއް އިސްޓޭޖް މައްޗަށް އަރާ ފިރިހެނުން، ޒަކަރު ބޮޑުކަމަށް ދައްކަން ނުވަތަ ފެޝަނަކަށް އޭގެ މަތީގައި އެލުވާ ދަބަހެއް ނުވަތަ ފޮތިކޮޅެއް.
co-driverކޯ-ޑްރައިވަރ. ނ. ރޭހެއްގައި ނުވަތަ އެހެން ވެސް ދަތުރަކު، ކާރެއް ފަދަ އެއްގަމު އުޅަނދެއް ދުއްވަން އިންނަ މީހާ ވަރުބަލިވުމުން ދުއްވާ ބަދަލު ޑްރައިވަރު.
codswallopކޮޑްސޮވެލޮޕް. ނ. ނުރަސްމީ ބަހުރުވައިން ތާކުންތާކު ނުޖެހޭ ވާހަކަ.
co-edކޯއެޑް. ނއ. ނުރަސްމީ ބަހުރުވައިން ކޯއެޑިޔުކެޝަނަލް (ތިރި ބަލާ). ކޯއެޑް ތަނަކަށް ކިޔަވަންދާ އަންހެން ކުއްޖެއް.
coeducationކޯއެޑިޔުކެއިޝަން. ނ. އަންހެނުންނާއި ފިރިހެނުންނަށް އެއް ކިލާހެއްގައި ކިޔަވައިދިނުން. ނއ. coeducational.
coefficientކޮއިފިޝަންޓް. ނ. ގުނަކުރާ ޢަދަދެއް. ބަހާއެއް.
coelacanthސީލަކަންތް. ނ. އެއް ވައްތަރު ފިޔަވައި މިހާރު ދިރުން ހުސްވެފައިވާ މަހުގެ ބާވަތެއް.
coeliac diseaseސީލިއެކް ޑިސީޒް. ނ. ތެޔޮ ހަޖަމު ކުރުވުން ހުއްޓުވާ ބައްޔެއް.
coerceކޮއާރސް. ކ. މީހަކު ކުރަން ބޭނުން ނުވާ ކަމެއް، އޭނާލައްވާ ކުރުވަން ނުފޫޒު ފޯރުވުން. ނ. coercion.
coerciveކޮއާރސިވް. ނއ. މަޖުބޫރު ކުރުވާ.
coexistކޯއިގްޒިސްޓް. ކ. އެކުގައި ވުން.
coexistenceކޯއިގްޒިސްޓް. ނ. އެކުގައި ދިރިއުޅޭ އުޅުން.
coextensiveކޯއިކްސްޓެންސވް. ނއ. ދެ ސަރަޙައްދެއްގެ އިން ގުޅިގެންވާ ނުވަތަ ދެ ކަމެއް އެއް ވަގުތަކު ހިނގާ.
C. of E.ސީ.އޮފް.އީ. ކުރުކޮށް ޗާރޗް އޮފް އިންގްލަންޑް. ނަޞާރާދީނުގެ މަޒުހަބެއް.
coffeeކޮފީ. ނ. 1. ހޫނު ހިސާބުތަކުގައި ހެދޭ ގަހެއްގައި އަޅާ އޮށެއް. މި އޮށްތައް ހަނާކޮށް މުގުރައިގެން ބުޔުމެއް ތައްޔާރު ކުރެއެވެ. ގަހުވަ. 2. މި ބުޔުން. 3. މަޑު މުށިކުލަ. coffee bar ކޮފީ އާއި ލުއި ކާނާ ވިއްކާ ކައުންޓަރެއް. coffee cup ކޮފީބޯ ވަރަށް ކުޑަ ޖޯޑެއް. coffee morning ކޮންމެވެސް ބަޔަކަށް އެހީވުމަށް ހެނދުނު ކޮފީ ދޭ އިޖްތިމާޢީ ބައްދަލުވުމެއް. coffee-pot ކޮފީ ހަދައި ނުވަތަ ބޯންދޭ ކުޑަ ފޯންޗެއް. coffee shop ރަސްމީ ނޫން ހޮޓާތަކުގައި ހުންނަ ފަދަ ރެސްޓޯރަންޓެއް. coffee table ކުޑަ ތިރި މޭޒެއް.
cofferކޮފަރ. ނ. ފައިސާ އާއި އަގުބޮޑު ތަކެތި ބަހައްޓާ ބޮޑު ފޮއްޓެއް. ބަންގާޅު ފޮށި. coffer-dam ފެން ނުވަތަ ލޮނު އޮންނަ ތަނަކު މަސައްކަތް ކުރުމަށް ބޭނުން ކުރާ ފެން ނުވަންނަ ފޮށިގަނޑެއް. މި ފޮށިގަނޑުން ފެން ބޭރަށް ޕަންޕުކުރުމަށް ފަހު، މީގެ އެތެރޭގައި ތިބެގެން. މ. ފަޅަށް ދަގަނޑު މުޑިއެއް ޖެހުން ފަދަ ބޭނުންވާ މަސައްކަތް ކުރެއެވެ. coffers ފައިސާގެ ވަޞީލަތްތައް. ފައިސާ.
coffinކޮފިން. ނ. ޤަބުރު ވަޅުލުމަށް ނުވަތަ އެންދުމަށް ލާ ފޮށިގަނޑެއް. ސަންދޯއް.
cogކޮގް. ނ. ސޯބެއްގައި އެހެން ސޯބަކަށް މެހެން އަރިމަތީގައި ހުންނަ ދަތްތަކުން ދަތެއް. cog-wheel ބޭރުގައި ދަތްތަކެއް ހުންނަ ފުރޮޅެއް ނުވަތަ ސޯބެއް.
cogentކޯޖެންޓް. ނއ. ޤަބޫލުކުރެވޭ ފަދަ. ފިކުރީ ގޮތުން ބާރުގަދަ، ދެކޮޅު ޒުވާބެއް ނެރެން ދަތި. މ. ޒުވާބެއްގައި މީހަކު ހުށަހަޅާ ހުށަހެޅުމެއް. މ. ކޯޖެންޓް ރައްދެއް.
cogitateކޮޖިޓޭޓް. ކ. ފުންކޮށް ފިކުރުން، ގަދަޔަށް ވިސްނުން. ނ. cogitation.
cognacކޮންޔެކް. ނ. ފްރާންސްގެ ހުޅަނގު ފަރާތުގައިވާ މި ނަން ކިޔާ ސަރަޙައްދެއްގައި އުފައްދާ ރާ.
cognateކޮގްނޭޓް. ނއ. ދެ އެއްޗެއް އެއްތަނަކަށް ނިސްބަތްވާ. ދެ އެއްޗެއް އެއް އުފެދުމަކަށް ނިސްބަތްވާ. ގުޅިފައިވާ. ގުޅޭ ލެއިން ގުޅިފައިވާ (ދެއާއިލާ). މ. ކޮގްނޭޓް ދެ ބަހަކީ ތިމާގެ ދެބަހެވެ.
cognitionކޮގްނިޝަން. ނ. ތަކެތި ދެތުމާއި ފަހުމްވުމުގެ ބާރު. ބުއްދި. ދެތުމުގެ ބާރު. ވިސްނުމުގެ ބާރު. މަޢުރިފަތު.
cognizantކޮގްނިޒަންޓް. ނއ. އެއްޗެއް ދެނެގަތުމުގެ ބާރުހުރި. ވަށައިގެންވާ ކަންކަން އެނގޭ. ޢިލްމު ލިބިފައިވާ. ނ. cognizance.
cohabitކޮހެބިޓް. ކ. (ޚާއްޞަ ނުއިނދެ) ދެމަފިރިން ގޮތަށް ދިރިއުޅުން. ނ. cohabitation.
cohereކޯހިޔަރ. ކ. ތަތްލުން. އެކައްޗެއްގެ ގޮތުގައި ވެގެންވުން. މ. ކުދި ދަގަތްފާނުކޮޅުތައް ކޯހިޔަރ ވުން.
coherentކޯހިޔަރަންޓް. ނއ. 1. އެކުވާ. 2. މަންޠިޤް ގޮތުން ހަމަޖެހޭ، ގުޅިގެންދާ. އެމުނިގެންދާ. ވިސްނުމާއި ވާހަކަ ދެއްކުމުގައި ހަމަޖެހޭ. މ. އަމަލުވުމުގެ ސަބަބުން އޭނާ އަކަށް ކޯހިޔަރަންޓްކޮށް ވާހަކައެއް ނުދެއްކެއެވެ. ކއ. coherently. ނ. coherence.
cohesionކޮހީޜަން. ނ. އެކުވާ. ތަމާސަކު. ގުރޫޕެއްގެ އެއްޗެތިތަކެއް ނުވަތަ ޖަމާޢަތެއްގެ މީހުން އެކުވެ ގުޅިގެންވުމުގެ ޙާލަތު. ނއ. cohesive.
cohortކޮހޯރޓް. ނ. އިހުޒަމާނުގެ ރޫމީންގެ (5000 މީހުންގެ) ލީޖަނެއްގެ ދިހަބައިކުޅަ އެއްބައި (500 ހަނގުރާމަވެރިން). އެއް ސިފައެއް ހިމެނޭ ގުރޫޕެއް މ. އުމުރުފުރާ އެއްވަރުވުން.
coiffureކްވާފިއަރ. ކްވާފިޔޫރ. ނ. ބޮލުގެ އިސްތަށިގަނޑުގެ ސްޓައިލެއް.
coilކޮއިލް. ކ. ވަށްބުރަކަށް ނުވަތަ އުޅާލިހެން ވަށައިގެން އޮޅުން. –ނ. 1. ވަށައިގެން އޮޅައިފައިވާ އެއްޗެއް. 2. މިފަދައިން އޮޅައިފައިވާ އެއްޗެއްގެ އެއް ބުރު. 3. ކަރަންޓު ދަތުރުކުރުމަށް އެއްޗެއްގެ ވަށައިގެން އޮޅައިފައިވާ ނަރު. 4. ގަރުބަގަތުން ނުދިނުމަށް ރަޙިމަށް ލައްވާ އެއްޗެއް.
coinކޮއިން. ނ. ލޯހައިން (މެޓަލުން) ހަދައިފައިވާ ފައިސާ. ލާރި. މީގެ އެއްޗެއް. –ކ. ލާރި ޖެހުން. 2. ނުރަސްމީ ބަހުރުވައިގައި ނަފާގެ ގޮތުގައި ގިނައިން ފައިސާ ލިބުން. 3. ލަފުޒެއް ނުވަތަ ޢިބާރާތެއް އީޖާދުކުރުން ނުވަތަ އުފެއްދުން.
coinageކޮއިނޭޖް. ނ. 1. ލާރިޖަހާ ޖެހުން. 2. ޤައުމެއްގައި ބޭނުންކުރާ ލާރި. 3. އުފެއްދި ލަފުޒެއް ނުވަތަ ޢިބާރާތެއް.
coincideކޮއިންސައިޑް. ކ. 1. އެއް ވަގުތެއްގައި ވުން. މ. އޭނާގެ ޗުއްޓީ އަހުރެންގެ ޗުއްޓީ އަކާ ކޮއިންސައިޑް އެއް ނުވެއެވެ. 2. އެއް ތަނެއްގައި ވުން. 3. އެއް ގޮތް ވުން. މ. ދެމީހަކަށް މީރު ރަހަތައް. ތަޒާމަންވުން. އިއްތިފާޤުވުން. މުވާފިޤުވުން.
coincidenceކޮއިންސިޑަންސް. ނ. 1. ކޮއިންސައިޑް ވުމުގެ ޙާލަތު. 2. ކަންތައްތަކެއް އެއްވަގުތެއްގައި ކުރިން ރޭވުމަކާ ނުލާ އިއްތިފާޤުންވުން. އިއްތިފާޤު.
coincidentކޮންއިންސިޑަންޓް. ނއ. އިއްތިފާޤީ.
coincidentalކޮއިންސިޑަންޓަލް. ނއ. އިއްތިފާޤުން. ކއ. coincidentally.
coirކޮޔަރ. ނ. ބޮނބީގެ ތެރޭގައި ހުންނަ ނަރު. ބޮނބި ނަރު. މިބޭނުން ކުރަނީ ވައު ހެދުމަށާއި ފައިފުހި ފަދަ ތަކެތި ހެދުމަށެވެ.
coitionކޯއިޝަން. ކޮއިޝަން. ނ. ޖިންސީ ގުޅުން ހިންގުމެއް.
coitusކޯއިޓަސް. ކޮއިޓަސް. ނ. ޖިމާޢުވުމެއް. ވަޠީކުރުމެއް. އެއްދާންކުރުމެއް.
cokeކޯކް. ބޯޓުދެލިން ގޭހާއި ތާރު ނެގުމުން ދެން ހުންނަ އަންދަން ކަމުދާ ހަރު އެއްޗެއް. coking coal ކޯކް ހެދުމަށް ބޭނުންކުރެވޭ ބޯޓުދެލި.
cokeކޯކް. ނ. ނުރަސްމީ ބަހުރުވައިން ކޮކެއިން (އަމަލުކުރާ ޑްރަގެއް).
colކޮލް. ނ. 1. ފަރުބަދަތަކެއްގެ ތެރޭގައިވާ އަޑި ބައެއް. 2. ޖައްވުގައި ވައި އެނބުރޭ ދެ ސައިކްލޯނެއްގެ ދެމެދުގައިވާ ޕްރެޝަރ ދަށް ސަރަޙައްދު.
colanderކޮލަންޑަރ. ނ. ކައްކާ ނިމުމުން ފެން ވަކިކުރުމަށް ފުލުގައި ލޯވަޅު ތޮރުވާފައި ހުންނަ ތެލިބުރި ފަދަ ތަކެތި.
colcannonކޮލްކެނަން. ބޮނޑިކޮޕީއާއި އަލުވި ފެނުކައްކާ ހިމުންކޮށްގެން ހަދާ އިނގިރޭސި ވިލާތުގެ އުތުރު ހިސާބުތަކުގެ ކާނާއެއް.
coldކޯލްޑް. ނއ. 1. ފިނި (ޚާއްޞަކޮށް އިންސާނާގެ ހަށިގަނޑުގެ ހޫނުކަމާ އަޅާ ކިޔާ). 2. ހޫނުކަން ނެތް، ކެއްކުމަށްފަހު ހޫނުކަން ގެއްލިފައިވާ. 3. ނުރަސްމީ ބަހުރުވައިން ހޭނެތިފައި. 4. އެކުވެރިކަމާއި ލޯތްބާއި ޝައުޤުވެރިކަން ނެތް. މ. ކޯލްޑް ތަރުޙީބެއް. ކޯލްޑް ސަލާންކުރުމެއް. 5. ފިނިކަން އަންގައިދޭ (ކުލަތަކާ ބެހޭ ގޮތުން). 6. އެއްގަމު ކެޔޮޅުކަމުގައި، ގިނައިރުވެގެން ވަސް ގޮސްފައި. 7. (ކުޑަކުދިންގެ ކުޅިވަރުތަކުގައި) ހޯދާ އެތި ފެނުމާ މާ ދުރުގައި. ނއ. ފިނި ޙާލަތެއްގައި. –ނ. 1. ފިނިކަން. ހޫނުކަން ނެތުން. ފިނިހޫނުމިން ދަށްވެފައިވުން. 2. ފަސޭހައިން މީހުންގެ ގަޔަށް އަރާ ފިނިވުމުން ޖެހޭ ކެއްސުމާއި އަރުދަފުސް ފައިބާ ބައްޔެއް. އަރުދަފުސް ރޯގާ. ކއ. coldly. ނ. coldness. cold-blooded މަސްފަދައިން މާހައުލާ އެއްގޮތަށް ލޭގެ ހޫނުކަން ބަދަލުކުރާ. އަނިޔާވެރި. އިޙްސާންތެރިކަމެއް ނެތް. ރަޙުމްކުޑަ. cold chisel ހޫނުކޮށްފައި ނުވާ ލޯހާ ކަފަން ގެންގުޅޭ ވަޑާންކައްޓެއް. ފުއްކަށި. cold comfort ބަދަލުގައި ލިބޭ ހިތްހަމަ ޖެހުމެއް ނެތް ކަމެއް. cold cream ހަންގަނޑު އޮމާންކޮށް މަޑުކުރަން އުނގުޅާ ކިރީމެއް. cold frame ފިނި ޤައުމުތަކުގައި ގަސްހެއްދުމަށް ހަދާފައި ހުންނަ ބިއްލޫރިޖެހި ހޫނުނުކުރާ ފޮށިގަނޑެއް. cold shoulder ގަޞްދުގައި މީހަކާ ދޭތެރޭ ބަހައްޓާ ދުރުކަން. cold-shoulder ކ. މީހަކާ ދޭތެރޭ ޤަޞްދުގައި ބީރައްޓެހި ގޮތަށް ޢަމަލުކުރުން. cold storage ފިނިކޮށްފައިވާ ތަނެއްގައި ކުރާ ގުދަންކުރުން. ރޭވުންތަކަށް އިޝާރާތް ކުރާނަމަ، ފަސްކޮށްފައި ނަމަވެސް ބޭނުންވުމުން ލިބޭ. cold turkey ޑްރަގުދެވި ޖެހިފައިވާ މީހަކަށް ޑްރަގު ލިބުން ކުއްލިއަކަށް ހުއްޓާލުން. cold war ޤައުމުތަކުގެ ދެމެދުގައި ޢަދާވާތްތެރިކަން ވަރަށް މައްޗަށް ގޮސްފައިވާ، ނަމަވެސް ހަނގުރާމައެއް ނުވާ ޙާލަތު. get cold feet ސިހުން ނުވަތަ ބިރުގަތުން ނުވަތަ ކަމެއް ކުރުމަށް ޖެހިލުން ވުން. have a person cold މީހެއްގެ އަތްދަށަށް އަނެކާ އައުން. in cold blood ލޭ ހޫނުވުމެއް ނެތި ރުޅިއައުމެއް ނެތި ރަޙުމް ކުޑަކޮށް ޤަޞްދުގައި މ. މީހަކު މަރާލުން. leave cold އަސަރެއް ކުރުވުމަށް ނުކުޅެދުންވުން ނުވަތަ ފޭލިވުން. leave out in the cold އަޅާނުލުން ނުވަތަ ކަމަކަށް އެއްވެސް ސަމާލުކަމެއް ނުދިނުން. throw/put cold water on ކުރާހިތް ކެނޑޭކަހަލަ ނުވަތަ އުއްމީދުގެއްލޭ ފަދަ ވާހަކަ ދެއްކުން.
coldishކޯލްޑިޝް. ނއ. ފިނިކަން ބޮޑު.
coleslawކޯލްސްލޯ. ނ. ބޮނޑިކޮޕީ ތުނިކޮށް ކޮށައިގެން ހަދާ ސަޓަންޏެއް.
coleusކޮލިއަސް. ނ. ފަތްތަކުގައި ތަފާތު ކުލަތައް ހުންނަ ބަގީޗާ ގަހެއް. ކޮކާ ބަގީޗާ ގަސް.
colicކޮލިކް. ނ. ބަނޑަށް ބޮޑަށް ތަދުވުން. ނއ. colicky.
colitisކޮލައިޓަސް. ނ. ބޮޑު ގޮހޮރުގެ އެތެރޭ ހަންގަނޑު ދުޅަވުން.
collaborateކޮލަބޮރޭޓް. ކ. ގުޅިގެން މަސައްކަތް ކުރުން. އެއްބާރުލުން. އޮއްޓުވެރިވުން. ސަހަވެރިވުން. ތަޢާވުންވެރިވުން. ނ. collaborator. ނ. collaboration.
collageކޮލާޖް. ނ. އެއްޗެއްގެ މަތީގައި ކަރުދާސްކޮޅުތަކެއް ނުވަތަ ރޮނދިކޮޅުތަކެއް ނުވަތަ ފޮތިކޮޅުތަކެއް ނުވަތަ އެހެންވެސް އެއްޗެއް ތަތްކޮށްގެން އުފައްދާ ފަންނީ ކުރެހުމެއް.
collagenކޮލެޖަން. ނ. ކަށިތަކާއި ބައެއް ޓިޝޫ ތަކުގައި ހުންނަ ޕްރޮޓީންއެއް. ފެނުގައި ކެއްކުމުން ހަލުވިދާ އާއި ތެރަަސް އުފެދެނީ މިއިންނެވެ.
collapseކޮލެޕްސް. ކ. 1. ކުއްލިއަކަށް ވެއްޓުން. ފުރޮޅާލުން. 2. ކުއްލިއަކަށް ބާރު ނުވަތަ ގަދަކަން ނުވަތަ އަގު ވެއްޓުން. 3. ފަތްޖަހާލެވޭ ނުވަތަ ފަތްޖަހާލުން. 3. ވައްޓާލުން. –ކ. ވެއްޓޭވެއްޓުން. ކަންތައްތައް، މ. ތަނެއްގެ ހިނގުން، މުޅިން ގެއްލިގެން ދިއުން.
collapsibleކޮލެޕްސިބްލް. ނއ. ހަދައިފައިވާ ގޮތުން ކުޑަކޮށްލުމަށް ފަތްޖަހާލެވޭ. މ. އެނދެއް.
collarކޮލަރ. ނ. 1. މައްޗަށް ކަރުވަށައިގެން ހުންނަ ފޮތި ބޭންޑެއް. މި ބޭންޑު ހުންނަނީ ބައެއް ފަހަރު ބޭރަށް މަޅާލާފައެވެ. 2. ޖަނަވާރެއްގެ ކަރު ވަށައިގެން ޖަހާ ހަން ނުވަތަ އެހެންވެސް ވަލެއް. 3. މެޝިނެއްގެ ތަނެއް ހިފެހެއްޓުމަށް ބޭނުންކުރާ ބަންދެން، ހޮޅިބުރިއެއް، އުޅަލެއް ފަދަ އެއްޗެއް. 4. އޫރެއްގެ ކަރުކައިރީގެ މަސް. –ކ. ނުރަސްމީ ބަހުރުވައިން (އަމިއްލައަށް) ދަމައިގަތުން. collar-bone ކޮނޑު ކަށިގަނޑު. މޭގެ މައިކަށިގަނޑާއި ކޮނޑުގެ ފުރަގަހުގައިވާ ފިޔަންކަށިގަނޑު ގުޅުވައިދޭ ކަށިގަނޑު.
collarlessކޮލަރލަސް. ނއ. ކޮލަރ ނެތް.
collateކޮލޭޓް. ކ. 1. ދެ އެއްޗެއް ފަރުވާތެރިކަމާއެކު އަޅާކިޔުން. 2. ތަރުތީބުން ތަކެތި އެއްކޮށް ހަމަޖެއްސުން. މ. މަޢުލޫމާތު.
collateralކޮލެޓަރަލް. ނއ. 1. އެއްފެންވަރެއްގެ ގޮތުން ގުޅޭ. 2. އިތުރު ނަމަވެސް ކުރީބަޔަށް ވުރެ ދަށް ފެންވަރެއްގެ. މ. ހެކި. 3. އެކަކުގެ ފަރާތުން ނަމަވެސް ތަފާތު އާއިލީ ރޮނގަކުން އައިސްފައިވާ. މ. އާއިލާގެ ގޮތްޕެއް. ކއ. collaterally. –ނ. collateral securityކޮލެޓަރަލް ސެކިޔުރިޓީ. މީހެއްގެ އަތުން ދަރަންޏަށް ފައިސާ ނަގާއިރު، އަނބުރާ ނުދައްކައިފިނަމަ ފައިސާ ދިންފަރާތަށް މިލްކުވެރިކަން ބަދަލުވާ ފަދަ ތަކެތި. މ. ބިމާއި ހިއްސާ ފަދަ ތަކެތި. ރަޙުނުކުރެވޭ މުދައު.
colleagueކޮލީގް. ނ. ވިޔަފާރިއާއި ފަންނީ މަސައްކަތުގައި އެކުގައި މަސައްކަތް ކުރާ މީހެއް.
collectކޮލެކްޓް. ނ. ނަޞާރާދީނުގެ މީހުން ވަކި ދުވަހަކު ކިޔުމަށް ހަމަޖައްސާ ކުރު ދުޢާއެއް.
collectކަލެކްޓް. ކ. 1. އެއްތަނަކަށް އެއްކުރުން ނުވަތަ ގެނައުން. 2. އެތައް ބައެއްގެ ފަރާތުން ހޯދުން. މީހުންގެ އަތުން ފައިސާ ނުވަތަ އެހެންވެސް އެއްޗެއް ވަކި ކަމަކަށް ހޯދުން. 3. މަޖަލަކަށް ނުވަތަ އުނގެނުމަށް އެކި ބާވަތުގެ ތަކެތި، މ. ތަފާތު ހިރި، ހޯދާ އެއްކުރުން. 4. ތަނަކުން ގެނައުން. މ. ކުދިން މަދަރުސާއިން ކަލެކްޓް ކުރުން. 5. މީހެއްގެ ޚިޔާލުތައް ކޮންޓްރޯލްގެ ދަށަށް ނުވަތަ ތަރުތީބަކަށް ގެނައުން. collect oneself ނަފުސުގެ މައްޗަށް މީހާ ގަދަވެ، ރުޅި ނުވަތަ އެހެންވެސް ޝުޢޫރެއް ކަޮންޓޯލް ކުރުން.
collectableކަލެކްޓަބްލް. ނއ. އުފަލަކަށް އެއްކުރަން ބޭނުންވާ ޒާތުގެ. މ. އިސްޓޭމްޕް. –ނ. މިފަދަ އެއްޗެއް.
collectedކަލެކްޓަޑް. ކަލެކްޓިޑް. ނއ. މަޑުމައިތިރި ކަމާއި ހަމަޖެހިގެންވާ. މ. އެހެން މީހުން ތެޅިފޮޅޭ ކަހަލަ ހިނދެއްގައި ކަލެކްޓަޑް މީހެއް. ކއ. collectedly.
collectionކަލެކްޝަން. ނ. 1. ކަލެކްޓް ކުރާ ކަލެކްޓް ކުރުން. 2. ކަމަކަށް އެއްކުރި ފައިސާ. މ. ކޭކު ވިއްކައިގެން މީހަކަށް އެހީވާން. 3. ތަރުތީބަކުން އެއްކޮށްފައިވާ ތަކެތި. މ. އިސްޓޭމްޕް ކަލެކްޝަން އެއް. 4. އެއްކުރެވިފައިވާ ތަކެތީގެ ފުންޏެއް.
collectiveކަލެކްޓިވް. ނއ. ޖަމާޢަތެއްގެ ގޮތުގައި. އެކުގައި. މ. ތިކަމާ މެދު އަހުރެމެންގެ ކަލެކްޓިވް ޚިޔާލަކީ ތިއީ ކުރާވަރުގެ ކަމެއް ނޫނެވެ. –ނ. collective farm އެންމެންވެގެން މަސައްކަތް ކުރާ ދަނޑު. ކއ. collectively. collective bargaining މުސާރަބޮޑުކުރުން ފަދަ ކަމަކު މުވައްޒަފުންގެ ޖަމާޢަތަކުން ވާހަކަ ދައްކައި ހެދުން. collective farm ސަރުކާރުގެ ދަށުން މީހުން އެއްވެގެން ކުރާ ދަނޑުވެރިކަން. collective noun އެތައް ބަޔަކު ނުވަތަ ތަކެތި ހިމެނޭ އެކަމަކު އެކަހެރި ނަމަކަށް ވާ ނަންނަން. މ. ކޮމިޓީ. ސްކޫލް ބޭންޑް. collective ownership އެންމެންގެ ފައިދާއަށް ހިންގާ އެންމެންނަށް މިލްކުވެރިކަން ލިބިގެންވާ މ. ދަނޑެއް.
collectivizeކަލެކްޓިވައިޒް. ކ. އަމިއްލަ ފަރާތްތަކަށް މިލްކު ވެފައިވާ މުދައު ޖަމާޢަތަކަށް މިލްކުވާކަމަށް ހަމަޖެއްސުން. މިއީ ކޮމިޔުނިޒަމް އާއި ބައެއް އިޖްތިމާޢީ ސިޔާސީ ފިކުރުން ކުރާ ކަމެކެވެ. ނ. collectivization.
collectorކަލެކްޓަރ. ނ. ތަކެތި އުފަލަކަށްޓަކައި ނުވަތަ އަގުބޮޑުކޮށް ފަހުން ވިއްކަން އެއްކުރާ މީހާ. މ. ކުރެހުން.
colleenކޮލީން. ނ. އަޔަރލަންޑް ބަހުން އަންހެން ކުއްޖެއް.
collegeކޮލެޖް. ނ. 1. ފަންނީ ތަޢުލީމު ނުވަތަ މަތީ ތަޢުލީމު ދޭ މަރުކަޒެއް. ކުޑަ ޔުނިވަރސިޓީއެއް. 2. ދަރިވަރުންނާއި މުދައްރިސުން ވަކިން ތިބޭ ޔުނިވަރސިޓީއެއްގެ މިނިވަން ގުނަވަނެއް. 3. ނަމުން މަދަރުސާއެއް. 4. މިއިން ކޮންމެ ތަނެއްގެވެސް ބިމާއި ޢިމާރާތްތައް. 5. ޢާއްމު މަޤްޞަދަކަށްޓަކައި އުފައްދައިފައިވާ ފަންނީ ބައެއްގެ މުއައްސަސާއެއް. މ. ރޯޔަލް ކޮލެޖް އޮފް ސާރޖަންސް.
collegiateކޮލީޖިއޭޓް. ނއ. ކޮލެޖް އަކަށް ނުވަތަ ކޮލެޖްގެ ދަރިވަރަކަށް ނިސްބަތްވާ.
collideކޮލައިޑް. ކ. 1. ޙަރަކާތްކުރާ އެއްޗެއް އެހެން އެއްޗެއްގައި ބާރަށް ޖެހުން. 2. ޚިޔާލު ވަރަށް ބޮޑަށް ތަފާތުވުން. މަޞްލަޙަތު ފުށުއެރުން.
collieކޮލީ. ނ. ކެހެރި ދިގު ތުން ދިގު ކުއްތާގެ ބާވަތެއް.
collierކޮލިއަރ. ނ. 1. ބިމުގެ އަޑީގެ ބޯޓުދެލި މައިނެއްގައި މަސައްކަތް ކުރާ މީހެއް. 2. ކާގޯގެ ގޮތުގައި ބޯޓުދެލި އުފުލާ އުޅަނދެއް.
collieryކޮލިއަރީ. ނ. ބޯޓުދެލި ބިމުގެ އަޑިން ނަގާ ތަނާއި އެއާ ގުޅޭ ޢިމާރާތްތައް.
collisionކޮލިޜަން. ކޮލިޝަން. ނ. ދެ އެއްޗެއް މ. ކާރު ޖެހޭ ޖެހުން. ދެމީހަކުވާ ބޮޑު ދެބަސްވުމެއް. collision course ދެ އެއްޗެއް މުޑިއަރާނެ މިސްރާބު.
collocationކޮލޮކޭޝަން. ނ. އެއްތަނެއްގައި ނުވަތަ ޖެހިޖެހިގެން ބަހައްޓާ ބެހެއްޓުން.
colloidކޮލޮއިޑް. ނއ. ތެރަސް ފަދަ އޮލަ އެއްްޗެއް. މިއީ ހަށިގަނޑުގައި ހުންނަ ބަލިޖެހިފައިވާ ޓިޝޫގައާއި ބައެއް ތަކެތި ގިރުނީމާ ހުންނަ ގޮތެކެވެ.
collopކޮލޮޕް. ނ. ތުނި މަސްފޮތްޗެއް.
colloquialކޮލޯކްވިިއަލް. ނއ. އާދައިގެ ވާހަކަ ދެއްކުމަށް ކަމުދާ ނަމަވެސް ލިޔުމަށާއި ރަސްމީ ބަހުރުވައަށް ކަމުނުދާ. މ. ހޭއަރުވާލާނަން.
colloquialismކޮލޯކްވިއަލިޒަމް. ނ. ކޮލޯކްވިއަލް ލަފުޒެއް ނުވަތަ ޢިބާރާތެއް.
colloquyކޮލޮކްވީ. ނ. ރަސްމީ ބަހުރުވައިން ދެމީހެއްގެ ދޭތެރޭ ދެކެވޭ ވާހަކަ. ނަދުވާ. މުޙާވިރާ.
collusionކޮލޫޜަން. ނ. ދެ ފަރާތެއްގެ ދެމެދުގައި މަކަރުވެރިކަމެއް ކުރުމަށް ވެވޭ އެއްބަސްވުން.
collywobblesކޮލީވޮބްލްސް. ނ. ނުރަސްމީ ބަހުރުވައިން ބަނޑުގައި ރިއްސުން. ހާސްވުން.
Colo.ކޮލޮ. ނ. ކުރުކޮށް ޔޫ.އެސް. ގެ ސްޓޭޓެއް ކަމަށްވާ ކޮލޮރާޑޯ.
Cologneކޮލޯން. ނ. ހަންގަނޑު ފިނިކުރުމަށާއި މީރުވަސް ދުއްވަން ބޭނުންކުރާ އޯޑިކޮލޯން ނުވަތަ އެފަދަ ލުއި ވަހެއް ހުންނަ ފެނެއް.
Colombiaކޮލަމްބިއާ. ނ. ދެކުނު އެމެރިކާގެ ރަށެއް. ނ. ނއ. Colombian.
Colomboކަލަމްބޯ. ނ. ސްރީ ލަންކާގެ ވެރިކަންކުރާ ސަހަރު.
colonކޯލަން. ކޯލޮން. ނ. 1. ލިޔުމުގައި ބޭނުންކުރާ ނިޝާން : މި ނިޝާން ބޭނުންކުރަނީ ފަހުން އަންނަ ބަޔަކީ ލިސްޓެއް ކަމަށް ނުވަތަ މުޅިން ތަފާތު ޚިޔާލެއްކަމަށް އަންގާށެވެ. 2. ހިސާބުގައި ދެ އެއްޗެއް ބޮޑުވެ ކުޑަވަނީ އެއް ނިސްބަތަކުން ކަން އަންގަން. މ. 1:2 = 2:4.
colonކޯލަން. ކޯލޮން. ނ. ފަލަ ގޮހޮރު. ގޮހޮރުގެ ތިރީ ބޮޑުބައި.
colonelކާރނަލް. ނ. 1. ސިފައިންގެ ރެޖިމެންޓް އެއްގެ (ގާތްގަޑަކަށް 1000 ހަނގުރާމަ ވެރިންގެ) ވެރިއެއް. ބްރިގޭޑިއަރ އެއްގެ ދަށުފެންވަރު. 2. ލެފްޓިނެންޓް ކާރނަލް އެއް.
colonialކޮލޯނިއަލް. ނއ. ކޮލޮނީއާ ބެހޭ ނުވަތަ ކޮލޮނީގެ. –ނ. ކޮލޮނީއެއްގައި ވަޒަންވެރިވެފައިވާ ބޭރު މީހެއް.
colonialismކޮލޯނިއަލިޒަމް. ނ. ކޮލޮނީތައް ހޯދާ ދެމެހެއްޓުމުގެ ސިޔާސަތު.
colonicކޯލޮނިކް. ނއ. ބޮޑު ގޮހޮރާ ބެހޭ ނުވަތަ ބޮޑު ގޮހޮރުގެ.
colonistކޮލޮނިސްޓް. ނ. އިސްތިޢުމާރު ކުރާ ސަރަޙައްދެއްގައި ވަޒަންވެރިވާ ބޭރުގެ ފަރާތެއް.
colonizeކޮލޮނައިޒް. ކ. ދުރުގައިވާ އެހެން ޤައުމެއް ފަތަޙަކޮށް ކޮންޓްރޯލް ކުރުމަށް ބަޔަކު ފޮނުވުން. މ. ހަނގުރާމައިގެ ފައުޖެއް. އިސްތިޢުމާރުކުރުން. ނ. colonization.
colonnadeކޮލޮނޭޑް. ނ. ވަށް ތަނބު ބަރިއެއް. ދެ ތަނބު ދުރުމިން އެއްވަރު ވަށް ތަނބު ފައްޗެއް.
colonyކޮލޮނީ. ނ. 1. މާ ދުރުބަޔަކު އައިސް ހިފައި، ވަޒަންވެރިވެ ކޮންޓްރޯލްކުރާ ސަރަޙައްދެއް. މުސްތަޢުމަރާ. 2. އެތަނުގެ އަހުލުވެރިން. 3. ބޭރުން އައިސް ރަށް ހިފިމީހުންގެ ބައިގަނޑެއް. 4. ވަކި މަސައްކަތެއް ކުރާ ބަޔަކު ވަޒަންވެރިވެ އުޅޭ ސަރަޙައްދެއް ނުވަތަ އެމީހުން. މ. ކުރެހުންތެރިންގެ ކޮލޮނީއެއް. 5. ވަކި ތަނެއްގައި އެކުގައި އުޅޭ ދިރުން ހުރި އެއްޗެތި. މ. ޖަރާސީމު ކޮލޮނީއެއް.
Coloradoކޮލޮރާޑޯ. ނ. ޔޫ.އެސް ގެ ސްޓޭޓެއް. Colorado beetle ވިލާތުއަލުވިއަށް ވަރަށް ގެއްލުންދޭ ރީނދޫ އަދި ކަޅު ކުލަ ހުންނަ މަޑިއެއް.
colorationކަލަރޭޝަން. ނ. ކުލަ ޖައްސާ ޖެއްސުން.
colossalކޮލޯސަލް. ނއ. ވަރަށް ބޮޑު. ނުރަސްމީ ބަހުރުވައިން ވަރަށް ފުރިހަމަ، މޮޅު ނުވަތަ ބަރާބަރު.
colossusކޮލޮސަސް. ކޮލޯސަސް. ނ. 1. ވަރަށް ބޮޑު ބުދެއް. ދަ ކޮލޮސަސް އޮފް ރޯޑްސް އަކީ އަޖާއިބުވާފަދަ ބޮޑު ބުދެކެވެ. 2. ވަރަށް މުހިއްމު ނުފޫޒު ގަދަ މީހެއް.
colostomyކޮލޮސްޓޮމި. ނ. ގޮހޮރު ބުރިކޮށްލައިގެން، ގޮހޮރުގައި ބޭރަށް ހުސްކުރެވޭގޮތަށް ބަނޑާ ގުޅާގުޅުން.
colourކަލަރ. ނ. 1. އަލީގެ އެކި ވޭވްލެންތު އެޅުމުން ލޮލަށް ކުރެވޭ އިޙްސާސް. ކުލަ. 2. ހުރިހާ ކުލައެއް ބޭނުންކުރުން (ހަމައެކަނި ހުދާއި ކަޅެއް ނޫން). މ. ކަލަރ ފިލްމު. 3. ގައިގައި ދިރުން ހުރިކަން އަންގައިދޭ ރަތްބާވަތެއްގެ ކުލަ ހުރުން. މ. އޭނާގެ އެއްވެސް ކަލަރ އެއް ނެތެވެ. (އޭނާގެ ހަންގަނޑު ހުރީ ދިރުން ނެތް ފަދަ ކުލައެއްގައެވެ.) 4. ހަމުގެ ކުލަ (ޚާއްޞަކޮށް ހުދު ނޫންނަމަ). 5. ކުލަ، ދަވާދު. 6. ބޯޓެއްގެ ނުވަތަ ފައުޖެއްގެ ދިދަ. –ކ. 1. ކުލަ ޖެއްސުން. ކުލަ ލުން. 2. ކުލަ ބަދަލުކުރުން. ކަމަކާ ގުޅިގެން މޫނު ފަދަ ތަންތަން ރަތްވުން. 3. ޚާއްޞަ ސިފައެއް ނުވަތަ ތަޢައްސުބެއް ދިނުން. މ. އޭނާގެ ލިޔުންތަކުގައި ސިޔާސީ ކުލައެއް ހުރެއެވެ. – colour bar ޤާނޫނީ ގޮތުން ނުވަތަ އިޖްތިމާޢީ ގޮތުން ދޮން މީހުންނާއި ކަޅު މީހުން ތަފާތުކުރުން. colour-blind ބައެއް ކުލަ ތަކުގެ ތަފާތު ފާހަގަ ކުރަން ނޭނގުން. colours އިނާމެއްގެ ގޮތުގައި ބައެއް ކުޅިވަރު ކުޅޭ މީހުންނަށް އެވޯޑެއް ނުވަތަ އެއްޗެއް ދިނުން. colour scheme ކަމެއްގައި ބޭނުންކުރާ ކުލަތަކުގެ ތަރުތީބެއް. give/lend colour to ތެދުހެން ހީވާ ކަހަލަ ކަމެއް ކުރުން. in its true colours ޙަޤީޤީ ސިފަތައް ހާމަވުން. މ. މީހެއްގެ.
colourantކަލަރަންޓް. ނ. އެއްޗަކަށް ޖައްސާ ކުޑިއެއް، ދިޔައެއް ފަދަ އެއްޗެއް.
colouredކަލާރޑް. ނއ. 1. ކުލަހިމެނޭ. 2. ހުދުނޫން (މީހެއްގެ ގައިގެ ކުލައަށް ނިސްބަތްކޮށް). 3. –ނ. ހުދުނޫން މީހެއް. 2. ސައުތު އެފްރިކާގައި ހުދުމީހަކާއި އެހެން ކުލައެއްގެ މީހެއްގެ ދަރިއެއް.
colourfulކަލަރފުލް. ނއ. 1. ކުލައިން ފުރިފައި. ކުލަތައް ގިނަ. 2. ކުލަގަދަ ތަފްޞީލާ އެކު. މ. އެވާހަކަ ކިޔާދިނީ ވަރަށް ކަލަރފުލް ކޮށެވެ.
colouringކަލަރިންގ. ނ. 1. އެއްޗެއްގައި ކުލަ ޖައްސާފައިވާ ގޮތް. 2. ތަކެތީގައި ކުލަ ޖެއްސުމަށް ބޭނުންކުރާ އެއްޗެއް. މ. ކުލަ ފަންސުރު.
colourlessކަލަރލަސް. ނއ. ކުލައެއް ނެތް.
coltކޯލްޓް. ނ. ޅަ ފިރިހެން އަހެއް.
coltsfootކޯލްޓްސްފުޓް. ނ. ރީނދޫ ކުލައިގެ މަލެއް އަޅާ ތޮނައެއް.
Columbiaކޮލަމްބިއާ. ނ. ޑިސްޓްރިކްޓް އޮފް ކޮލަމްބިއާ. މިހާރު ޔޫ.އެސް. ގެ ވޮޝިންޓަން ސްޓޭޓް.
columbineކޮލަމްބައިން. ނ. މަލުގެ ފިޔަތަކުގައި ހިމަ ދިގު ބައެއް ހުންނަ ބަގީޗާ ގަހެއް.
columnކޮލަމް. ނ. 1. ވަށް ތަނބެއް. 2. މި ސިފައަށް ހުންނަ އެހެން އެއްޗެއް. މ. ދުން ކޮލަމް އެއް. ސްޕައިނަލް ކޮލަމް – މައިކަށި. 3. ސަފުހާއެއް އޮލަނބަށް ބައިކޮށްފައި ހުންނަ ބައިތަކުން އެއް ބައި ނުވަތަ ފަތި. މ. ސަފުހާގައި ދެބަރި ވެއެވެ. 4. ނޫހެއްގައި ޚާއްޞަ ކަމަކަށް، ނަމަވެސް ޢާއްމުކޮށް ލިޔެފައިވާ ލިޔުމެއް. 5. ހަނގުރާމަ ފައުޖެއް ނުވަތަ އެއްގަމު އުޅަނދުތަކެއް ނުވަތަ މިފަދަ އެއްޗެއް ފައްޗަކަށް ދާދިއުން. –ނއ. columnar.
columnistކޮލަމްނިސްޓް. ނ. ނޫހެއް ފަދަ އެއްޗެއްގައި އާއްމުކޮށް ކޮލަމެއް ލިޔާ ނޫސްވެރިއެއް.
comaކޯމާ. ނ. ފުންކޮށް ހޭނެތިފައިވާ ވުން.
comatoseކޯމަޓޯސް. ނއ. 1. ކޯމާއެއްގައި. ޚަބަރު ހުސްވެފައި. 2. ނިދިޖެހިފައި.
combކޯމްބް. ނ. 1. ޕްލާސްޓިކް ނުވަތަ ކަހަނބުފަތުން ނުވަތަ އެހެން ވެސް އެއްޗަކުން ހަދައިފައި ހިމަ ދަތްތަކެއް ހުންނަ، އިސްތަށިގަނޑު އޮމާންކުރުމަށް ނުވަތަ ބޮލުގައި ޖެހުމަށް ބޭނުންކުރާ އެއްޗެއް. ފުނާ. 2. މި ސިފަ ޖަހާ ނުވަތަ މި ގޮތަށް ބޭނުންކުރާ އެހެން އެއްޗެއް. 3. ހާލެއްގެ ހުޅި. 4. މާމުއިހުރި ހަތައެއް honeycomb. –ކ.
combatކޮމްބެޓް. ނ. ތަޅާފޮޅުމެއް ނުވަތަ މުބާރާތެއް. –ކ. ދިފާޢުގައި ކަމެއް ކުރުން. މ. ރަލުގެ އަސަރުތަކާ މެދު ކޮމްބެޓް ކުރުމަށް.
combatantކޮމްބެޓަންޓް. ނއ. ހަނގުރާމައެއްގައި ބައިވެރިވާ. –ނ. ހަނގުރާމަ ވެރިއެއް.
combeކޫމް. ނ. ބަލާ coomb.
combinationކޮމްބިނޭޝަން. ނ. 1. އެއްކުރިވެގެންވާ ނުވަތަ ގުޅިގެންވާ ގުޅުން. 2. އެއްކުރެވިފައިވާ ބައެއް ނުވަތަ ތަކެތި. 3. ތަޅެއް ފަދަ އެއްޗެއް ހުޅުވުމަށް ބޭނުންކުރާ ޢަދަދުތަކާއި އޭގެ ތަަރުތީބު. combination lock ފުރޮޅުތަކެއް އަނބުރައިގެން އަކުރުތަކެއް ވަކިގޮތަކަށް ތަރުތީބުކޮށްގެން ހުޅުވާ ތަޅެއް. combinations އަޑިންލާ ގަންޖިފަރާހާއި ހަރުވާޅު އެއްކޮށް ހަދައިފައި ހުންނަ އެއްޗެއް.
combineކޮމްބައިން. ކ. ގުރޫޕަކަށް ނުވަތަ އެކުވިއަކަށް ނުވަތަ އެހެންވެސް އެއްޗަކާ ގުޅުން ނުވަތަ ގުޅުވުން. ޖަމްޢުކުރުން، ތަރުކީބު ކުރުން. އެއްކުރުން، އެކުލެވުން. ލައިމެހުން.
combineކޮމްބައިން. ނ. 1. ވިޔަފާރިއެއް ކުރުމަށް އެކުވާ މީހުންތަކެއް ނުވަތަ ކުންފުނިތަކެއް. 2. combine harvester ދަނޑު ކަނޑާ އަދި ކުރާތަކުން ގޮވާން ވަކިކުރެވޭ ގޮތަށް ހަދައިފައި ހުންނަ މެޝިނެއް.
combsކޮމްޒް. ނ. ހެދުމުގެ ދަށުން ލާ ގަންޖިފަރާހާއި ހަރުވާޅު އެއްކޮށް ހުންނަ އެއްޗެއް. މި ލަފުޒު އުފައްދައިފައިވަނީ ކޮމްބިނޭޝަން ކުރުކޮށްގެން.
combustibleކޮމްބަސްޓިބްލް. ނ. އަނދާ (ތަކެތި). އަލިފާން ހިފާ (ތަކެތ)ި. އެންދުމަށް ބޭނުން ކުރާ. ނ. combustibility.
combustionކޮމްބަސްޗަން. ނ. އެއްޗެއް އެނދުމުގެ ޙާލަތު ނުވަތަ ގޮތް. ތަކެތި ވައިގައި ހުންނަ އޮކްސިޖަން އާ އެކުވެ ހޫނު އުފައްދަމުން އެއަށް ވާ ކެމިކަލް ގޮތެއް.
comeކަމް. ކ. 1. ތަނަކާ ނުވަތަ ވާހަކަދައްކާ މީހާއާ ގާތްވުން. އައުން. 2. (ބައްޔެއް) ޖެހުން. 3. ދައުރުވެ އައުން، ވަކި ތަނަކަށް ލެފުން، ޝަރުތެއް ފުރިހަމަވުން. ނަތީޖާއަކަށް އާދެވުން. 4. ވަކި މަޤާމަކަށް އާދެވުން. މ. ވޮޓް ކަމްސް ނެކްސްޓް؟ 5. ގަތުމަށް ލިިިބުން ހުރުން. މ. ދިސް ޑްރެސް ކަމްސް އިން 3 ސައިސިޒް. 6. ކަމެއް ވުން. މ. ހައު ކަމް ޔޫ ލޮސްޓް ދަ އިލެކްޝަން؟ 7. ނަތީޖާއެއްގެ ގޮތުން ކަމެއްވުން. ދެޓް ކަމްސް ފްރޮމް ބީން ޓޫ ކޮންފިޑަންޓް. 8. އުފަންވެފައިވުން. މ. ހީ ކަމްސް ފްރޮމް އަ ރިޗް ފެމިލީ. 9. ނުރަސްމީ ބަހުރުވައިން ޢަމަލުކުރުން. come about ކަމެއް ހިނގުން. come across ހީނުކޮށް ހުއްޓައި ދިމާވުން. come along ކުރިއަށް ދިއުން. އަވަސް ކުރުން. come-back ތަނަވަސް/ކާމިޔާބު ކަމުގެ ޙާލަތަށް އެނބުރި އާދެވުން. ޖަވާބެއް ނުވަތަ ރައްދެއް. come between ދެމީހެއްގެ ދެމެދަށް ވަނުން. މީހަކަށް ކަމެއް ޙާޞިލްވިޔަ ނުދިނުން. ދެމެދަށް ހުރަހަކަށް ވުން. come by އެއްޗެއް ލިބޭގޮތް ވުން. come clean ނުރަސްމީ ބަހުރުވައިން ހުރިހާ ކަމެއް ހިނގިގޮތް ނުފޮރުވާ ކިޔައިދިނުން. come down ވެއްޓުން، ތިރިވުން. come-down ނ. ޝަރަފު ނުވަތަ ޢިއްޒަތް ގެއްލުން. come down on މީހަކަށް އެއްޗެތި ގޮވުން. come forward މަސައްކަތެއް ކުރުމަށް ހުށަހެޅުން. come from މީހާ ވަކިތަނަކަށް އުފަންވެފައި ވުން. come-hither ރުއްސާގޮތަށް ސަމާސާކުރާ. come in ރޭހެއްގައި ނުވަތަ މުބާރާތެއްގައި ވަކި މަޤާމަކަށް އައުން. ފެޝަނަކަށް ވުން. އާމްދަނީ އެއްގެ ގޮތުގައި ލިބުން. މީހެއްގެ ވޯކީޓޯކީ ޖެއްސުން. ތަމްސީލެއްގެ ބައެއް ލިބުން. ބޭނުމެއް ފުއްދުން. come in for އެއްޗެއްގެ ބައެއް ލިބުން. come into ވާރުތައިން ލިބުން. come of age ބޮޑު މީހެއްގެ ޢުމުރުފުރާއަށް އައުން. come off އެއްޗެއް އުފުރިގެން އައުން ނުވަތަ ވަކިވުން. ވެއްޓުން. ނިމުން. ކާމިޔާބުވުން. ކުށަކުން ސަލާމަތްވުން. come off it! ތިގޮތަށް ވާހަކަ ދެއްކުން ނުވަތަ އުޅުން ހުއްޓާލާ! come on ކުރިއެރުން ލިބުން. އިސްޓޭޖަށް އެރުން. ފެށުން. އިންތިފާޤުން ބައްދަލުވުން. އަވަސްކުރުން. come out ހަޅުތާލުކުރުން. އިމްތިޙާނަކުން ވަކި ނަތީޖާ އަކު ފާސްވުން. ވިލާތަކުގެ ތެރެއިން އިރު ދައްކާލުން. ފޮޓޯއަކުން ފެންނަން ހުރުން. އެނގުން. ހަންގަނޑުގައި އެއްޗެއް ނެގުން. ޚިޔާލެއް ޢާއްމުކޮށް ހާމަކުރުން. (ލައް) ފިލުވައިލުން. come out with ބުނުން. come over ޝުޢޫރެއް އިޙްސާސްވުން ނުވަތަ ޙިއްސުތަކަށް އަސަރުކުރުން. މ. she came over faint. come round ނުރަސްމީގޮތެއްގައި މީހަކަށް/ގެއަކަށް ޒިޔާރާތް ކޮށްލުން. ހޭނެތުމުން ނުވަތަ ރުޅިން އަރައިގަތުން. އެހެންމީހެއްގެ ޚިޔާލަށް ދީލާލުން. come to ހޭއެރުން. އެއްކުރުމުން ޖުމުލައަށްވާ. އެއްޗަކާ އެއްވަރުވުން. come to pass ކަމެއް ވުން. come true އުއްމީދުކުރިގޮތަށް ނުވަތަ ފާލަކުން ދެއްކިގޮތަށް ކަމެއް ހިނގުން. come up ކަމެއް ހިނގުން. މަޝްވަރާއަށް މައުޟޫޢުއެއް އައުން. come-uppance މީހަކަށް ޙައްޤު ސަޒާ. come up to އެއްވަރުވުން. come up with ޚިޔާލެއް، ރޭވުމެއް ހުށަހެޅުން. come upon އިއްތިފާޤުން ފެނުން ނުވަތަ ބައްދަލުވުން. come what may ކޮންމެ ކަމެއް ވިއަސް.
comedianކޮމީޑިއަން. ނ. 1. ފިލްމެއްގައި ނުވަތަ ތަމްސީލެއްގައި ހެއްވާ ބައި ކުޅޭ މީހާ. 2. ހެއްވާ މުނިފޫހިފިލުވާ މީހާ. 3. ހެއްވާކޮށް އުޅޭ މީހާ.
comedienneކޮމީޑިއޭން. ނ. އަންހެން ކޮމީޑިއަން އެއް.
comedyކޮމެޑީ. ނ. 1. ޤަޞްދުގައި ހެއްވުމަށް ހަދައިފައިވާ ފޮތެއް، ފިލްމެއް ނުވަތަ ތަމްސީލެއް. 2. ޑްރާމާގެ މި ބާވަތުގެ ތަމްސީލު ހިމެނޭ ގޮފި. 3. ހެއްވާ ހާދިސާއެއް. 4. މުނިފޫހިފިލާ. ހާސީ.
comelyކަމްލީ. ނއ. ބުރުސޫރަ ރީތި.
comerކަމަރ. ނ. އަންނަ މީހާ. މ. first comers ފުރަތަމަ އަންނަ މީހުން. all comers އަންނަ އެންމެން.
comestiblesކޮމެސްޓިބްލްސް. ނ. ކާން ހުރި ތަކެތި.
cometކޮމިޓް. ނ. އިރުވަށައިގެން އެނބުރޭ ތަރިއެއްފަދަ ބޮލެއް ހުރެފައި ސާފުނޫން ނިގުލެއް އިރާ ދުރަށް ހުންނަ އެއްޗެއް. ދުންތަރި.
comfortކަމްފަރޓް. ކަމްފަޓް. ނ. 1. ފިކުރު ލުއިވެ ހިތްހަމަޖެހިގެންވާ ޙާލަތެއް. 2. ހިތާމައިން ނުވަތަ ރިހުމަކުން ނުވަތަ ބައްޔަކުން ލިބޭ ލުއި. 3. މި ކަން ހޯދައިދޭ ފަރާތް. –ކ. އަރާމާއި ލުއި ހޯދައިދިނުން. comforter. ނ. ޢާއްމު ފާޚާނާ comfort station.
comfortableކަމްފަރޓަބްލް. ނއ. 1 އަރާމު. ރާޙަތްދޭ. ހިތްފަސޭހަ. ހިތްހަމަޖެހުން ގެނެސްދޭ. 2. ގާތްނޫން. ތާށިނޫން. މ. އިލެކްޝަން އޭނާ ކާމިޔާބުކުރީ ކަމްފަރޓަބްލް މާރޖިން އަކުންނެވެ – ބޮޑު ފަރަގަކުން. 3. ހިތްފަސޭހަކަން އިޙްސާސްވާ. ނއ. comfortably.
comfreyކަމްފްރި. ނ. ހުދު ނުވަތަ ދަނބުކުލައިގެ މައުތަކެއް އަޅާ ކާނުތަކުގައި ހެދޭ ގަހެއް.
comfyކޮމްފީ. ނއ. ނުރަސްމީ ބަހުރުވައިން އަރާމު comfortable.
comicކޮމިކް. ނ. 1. ހިނިއައުމާއި މުނިފޫހިފިލުވުން ގެނުވާ. ހެއްވާ. 2. ކޮމެޑީ އާ ގުޅޭ ނުވަތަ ބެހޭ. –comic ކޮމީޑިއަން އެއް. މީހުން މުނިފޫހިފިލުވުމަށް ކާޓޫނުތަކެއް ހިމެނޭ ފޮތެއް. ނއ. comical، ކއ. comically.
comingކަމިން. ނއ. 1. އަންނަ. ޖެހިގެން އޮތް. މ. ކަމިން ހަފުތާ. 2. މުސްތަޤްބަލްގައި މުހިއްމުވާނޭ މީހެއް. މ. ކަމިން މޭން. –ނ. އައުންތައް. މ. comings and goings.
commaކޮމާ. ނ. ލިޔުމުގައި ބޭނުން ކުރާ މި ، ނިޝާން. މި ބޭނުންކުރަނީ ކިޔުމުގައި މަޑުކޮށްލަން ޖެހޭ ތަންތަން ފާހަގަކުރަންށާއި. ޖުމުލައެއްގެ ބައިތައް، ނުވަތަ ލިސްޓެއްގެ އައިޓަމްތައް ވަކިކުރާށެވެ.
commandކޮމާންޑް. ކ. 1. ވެރި ފަރާތަކުން ކަމެއް ކުރުމަށް އަންގާ އެންގުމެއް. އަމުރު. 2. ކޮމްޕިއުޓަރަށް ވަކި ކަމެއް ކުރަންދޭ އިރުޝާދެއް. 3. އެހެން މީހުންގެ މައްޗަށް ބާރުފޯރުވުމުގެ އަމުރުވެރިކަން. ޤިޔާދަތު. 4. ކަމެއް ކުރަން ހުންނަ ހުނަރުވެރިކަން ނުވަތަ ޤާބިލްކަން މ. އޭނާގެ އިނގިރޭސިބަހަށް އޮންނަ ކޮމާނޑްް ބޮޑެވެ – އޭނާ އިނގިރޭސި ބަސް ރަނގަޅަށް ދަނެއެވެ. 5. ސިފައިންގެ ޖަމާޢަތެއް. މ. ބޮން އަޅާ ކޮމާންޑް. –ކ. 1. އަމުރުކުުރުން. 2. މީހެއް ނުވަތަ އެއްޗެއްގެ މައްޗަށް ބާރުވެރިކަން އޮތުން. 3. ބޭނުންކުރުމަށް ލިބިފައިވުން. މ. ކުންފުނީގެ ކޮމާންޑްގައި ބައިވަރު ފައިސާވެއެވެ. 4. ޙައްޤުވެގެން ލިބުން. މ. އަހުރެމެންގެ އިޙްތިރާމް އޭނާ ކޮމާންޑް ކުރެއެވެ. 5. މަތިން ތިރި ފެންނަ ނުވަތަ ބޮޑު. މ. ގެ ހުރީ ފަޅު ކޮމާންޑްކުރާ ތަނެއްގައެވެ.
commandantކޮމާންޑަންޓް. ނ. ކިއްލާއެއްގެ ވެރިއަކަށް ހުންނަ މީހާ. އެހެން ކޮންމެވެސް ސިފައިންގެ ތަނެއްގެ ވެރިއަކަށް ހުންނަ މީހާ.
commandeerކޮމަންޑިއަރ. ކ. 1. މަޖުބޫރުކޮށްގެން ބަޔަކު ލައްވާ ހަނގުރާމައެއްގައި ބައިވެރިކުުުރުވުން. 2. އަމިއްލަ މުދައު، ސިފައިންގެ ބޭނު މަށް އަތުލުން. 3. އަމިއްލަ ބޭނުމަށް ތަކެތި އަތުލުން.
commanderކޮމާންޑަރ. ނ. 1. ބައެއްގެ އަމުރުވެރިކަން ލިބިފައިވާ މީހާ. 2. ކެޕްޓަނެއްގެ ދަށު މަޤާމުގައި ހުރި ކަނޑު ސިފައިންގެ އޮފިސަރެއް. commander-in-chief އެންމެ މަތީ ކޮމާންޑަރު ނުވަތަ ވެރިޔާ.
commandmentކޮމާންޑްމަންޓް. ނ. އިލާހީ އަމުރެއް. ނަޞާރާދީނުގެ މީހުން ބުނާ ގޮތަށް، މޫސާގެފާނަށް ކަލާނގެ ދެއްވި ދިހަ އަމުރުން އަމުރެއް. ވަޞިއްޔަތް.
commandoކޮމާންޑޯ. ނ. ކުއްލިއަކަށް އަރައިގަންނަން ނުވަތަ ހަމަލާ ދޭން ތަމްރީނުކޮށްފައިވާ ސިފައިންގެ ޖަމާޢަތެއް.
commemorateކޮމެމޮރޭޓް. ކ. 1. އިޙްތިފާލެއް ނުވަތަ ރަސްމިއްޔާތެއް ބާއްވައިގެން ހަނދާނުގައި ބެހެއްޓުން. ޒިކުރާ ކުރުން. ޒިކުރާ އިޙްޔާ ކުރުން. 2. ކަމެއް ހަނދާންކުރާ އެއްޗަކަށް ވުން. މ. މި ބިނާ ކޮމެމޮރޭޓް ކުރަނީ ހޮޅީންގެ މައްޗަށް ދިވެހީން ގަދަވިކަމެވެ. ނ. commemoration. ނއ. commemorative.
commenceކޮމަންސް. ކ. ފެށުން. ނ. commencement.
commendކޮމެންޑް. ނ. 1. އެއްޗަކަށް ރުހި ޤަބޫލުކަން އެންގުން. ކަމަކަށް މަދަހަކިޔުން. ތަހުނިޔާ ނުވަތަ މުބާރިކުބާދީ ކިިޔުން. 2. ސަމާލުކަމާއި އަޅާލުންދޭންޖެހޭ ފަދަ ރަނގަޅު އެއްޗެއް ކަމަށް ހުށަހެޅުން. 3. މީހެއްގެ ރައްކާތެރިކަމާއި އަޅާލުމަށްއެދި ޙަވާލުކުރުން. މ. ރޫޙް ﷲ އަށް ކޮމެންޑް ކުރުން. ނ. commendation.
commendableކޮމެންޑަބްލް. ނއ. މުބާރިކްބާދީ އާއި ތަހުނިޔާ ޙައްޤުވާ. އިޢުތިމާދަށް ޤާބިލް. ރުހުމާއި ލޯބި ލިބުމަށް އެކަށީގެންވާ. ކއ. commendably.
commensurableކޮމެންސްރަބްލް. ނއ. އެހެން އެއްޗެއް މިނާ އެއްޗަކުން މިނޭ. ބާކީއެއް ނެތި ގެއްލި ހުސްވާ. ދެ އެއްޗަކަށް އެއް ވަޒަނެއް ނުވަތަ މިނެއް ވާ.
commensurateކޮމެންސްރެޓް. ނއ. 1. އެހެން އެއްޗަކާ އަޅާބަލާއިރު ހެޔޮވަރު ވަރަކަށް. އެހެން އެއްޗެއްގެ ސައިޒާއި ނުވަތަ ބޮޑު މިނާ ގުޅޭ. މުތަނާސިބު. މުނާސަބު. 2. ގުޅޭ މިންވަރަށް. މ. މުސާރަ، ޒިންމާ ތަކާ ކޮމެންސްރެޓް ވާނެއެވެ.
commentކޮމަންޓް. ނ. ކަމަކާ ބެހޭ ގޮތުން އެ ސާފުކޮށްދިނުމަށް، ނުވަތަ އެއިން ކުށްދެއްކުމަށް ހުށަހަޅާ ޚިޔާލު. ތަޢުލީޤް، ތަޢުބީރު.
commentaryކޮމެންޓަރީ. ނ. 1. ރަސްމިއްޔާތެއް، ހަފުލާއެއް ފަދަ ކަންތައްތައް ހިނގާއިރު އެ ކަން ހިނގާނުހިނގާގޮތާ ބެހޭ ވާހަކަ ނުވަތަ ލިޔުން. 2. އެއްޗެއް އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން ލިޔާ ލިޔުން ނުވަތަ ދައްކާ ވާހަކަ. މ. ސޫރަތެއްގެ ކޮމަންޓަރީ. ތަފުސީރުު.
commentateކޮމެންޓޭޓް. ނ. ކޮމެންޓޭޓަރ އެއްގެ ގޮތުގައި ޙަރަކާތްތެރިވުން.
commentatorކޮމެންޓޭޓަރ. ކޮމެންޓެއިޓަރ. ނ. 1. ކުޅިވަރުތައް ފަދަ ކަންތައްތައް ބްރޯޑްކާސްޓް ކުރާއިރު ވާގޮތް ކިޔާ މިހާ.
commerceކޮމާރސް. ނ. ހުރިހާ ބާވަތެއްގެ ވިޔަފާރި - ވިޔަފާރިއަށް އެހީތެރިވުމަށް ހިންގާ ޚިދުމަތްތައް، މ. އިސްތިހާރުކުުރުން، ބޭންކިންގ އަދި އިންޝުއަރަންސް. ތިޖާރަތު.
commercialކޮމާރޝަލް. ނއ. 1. ވިޔަފާރިއާ ގުޅޭ ނުވަތަ ވިޔަފާރީގައި ބޭނުންކުރާ. މ. ކޮމާރޝަލް އެއްގަމު އުޅަނދުތައް. މ. ކޮމާރޝަލް އާރޓް. އިސްތިހާރު ކުރުމަށް ބޭނުންކުރާ ކުރެހުން. މ. ކޮމާރޝަލް މިންވަރަކަށް އުފައްދާ. ވިޔަފާރިއަށް ކަމުދާ ވަރަށް އުފައްދާ. 2. ވިޔާފާރިތަކުން އިސްތިހާރުކުރުމަށް ދޭ ލާރިން ހިންގާ. މ. ކޮމާރޝަލް ރޭޑިއޯ. 3. ފަންނީ ގޮތުން މޮޅުކުރުމެއް ނުވަތަ ޢިލްމީގޮތުން މަތިކުރުމެއް ނުހިމެނި ވިޔަފާރިއަށް ކުރާ. –ނ. ބްރޯޑްކާސްޓް ކުރާ އިސްތިހާރެއް. ކއ. commercially. commercial traveller ވިޔަފާރިއެއްގެ މުވައްޒަފެއް. އޭނާގެ މަސައްކަތަކީ ސާމްޕްލްތައް ހިފައިގެން އެކި ތަންތަނަށް ދަތުކުރުކޮށް މީހުންނަށް ދައްކައި އޯޑަރުތައް ހޯދުން.
commercialismކޮމާރޝަލިޒަމް. ނ. ވިޔަފާރީގެ ހަމަތަކާއި ވިޔަފާރީގެ ލޮލަކުން ކަންކަމާދޭތެރޭ ދެކޭގޮތް.
commercializeކޮމާރޝަލައިޒް. ކ. ވިޔަފާރިއެއްގެ ގޮތަށް (ފައިދާ ބޮޑުކުރަން) ކަންތައްތައް ކުރުމަށް ކަންކަން ބަދަލުކޮށްލުން. މ. ވަރަށް ކޮމާރޝަަލައިޒްޑް ރިސޯޓެއް. ނ. commercialization.
commieކޮމީ. ނ. ނުރަސްމީ ބަހުރުވައިން ކޮމިޔުނިސްޓް communist އެވެ.
commiserateކޮމިޒަރޭޓް. ކ. 1. ކަމަކަށް ހިތާމަ ފާޅުކުރުން. އެހެންމީހެއްގެ ބަދުނަޞީބަށް ދެރަވާކަން ދެއްކުން. ނ. commiseration.
commissariatކޮމިސޭރިއެޓް. ނ. ކާތަކެތި ގުދަންކޮށް ފައުޖުތަކަށް ފޮނުވާ ސިފައިންގެ މަޙަކްމާ.
commissaryކޮމިސަރީ. ނ. ސަރުކާރުގެ ވަކި ކަމެއް ޙަވާލުކޮށްފައިވާ ނާއިބެއް ނުވަތަ މަންދޫބެއް.
commissionކޮމިޝަން. ނ. 1. ކަމެއް ކުރުމަށް މީހަކާ ޙަވާލުކުރާ އަމުރު ނުވަތަ އިޚްތިޔާރު. 2. މިގޮތަށް ޙަވާލުކުރާ ކަން. މ. ކުރެހުމެއް ކުރަހަން ކޮމިޝަންއެއް ދިނުން. 3. މިގޮތުގެ މަތިން އެ އިޚްތިޔާރު ދެވޭ ނުވަތަ އަމުރުދެވޭ ޖަމާޢަތެއްގެ މީހުން. 4. ސިފައިންގެ މީހުންގެ ތެރޭގައި، ވަކި ފެންވަރެއްގެ މީހުންނަށް ދެވޭ އަމުރެއްގެ ލިޔުން. 5. ކަމެއް ކުރާ ކުރުން. މ. ކޮމިޝަން އޮފް ކްރައިމް – ކުށް ކުރުން. 6. ތަކެތި ވިއްކަން އުޅޭ މީހަކަށް ވިކޭ ތަކެތީގެ ނިސްބަތުން ނުވަތަ އެހެން މިންވަރަކަށް ދެވޭ ފައިސާ. –ކ. 1. ކޮމިޝަންއެއް ދިނުން ނުވަތަ ޙަވާލުކުރުން. 2. ފައިސާ ލިބޭ ކަމެއް ކުރުމަށް އޯޑަރެއް ދިނުން. މ. ކުރެހުމެއް ކުރަހަން. commission agent ކޮމިޝަނެއް ލިބޭ އޭޖެންޓެއް. commissioned officer ސިފައިންގެ ތެރޭގައި ކޮމިޝަނެއް ދެވިފައިވާ މުވައްޒަފެއް. in commission ސިފައިންގެ ހަނގުރާމަ މަތީ އުޅަނދެއް މީހުންނާއި ތަކެތިލާ ތައްޔާރުވެފައިވުން. out of commission ކޮމިޝަންގައެއް ނޫން، ހަލާކުވެފައި. މ. ތިން ބޯޓު އައުޓް އޮފް ކޮމިޝަން ގައި ވެއެވެ.
commissionaireކޮމިޝަނައެއަރ. ނ. ހޮޓާތަކާއި، އޮފީސްތަކާއި ތިއޭޓަރުތައް ފަދަ ތަންތަނުގެ ދޮރުވާނެއްގެ ގޮތުގައި، އަންނަ މީހުންނަށް ދޮރުހުޅުވާދީ އެހީތެރިވާން ޔުނިފޯމެއް އަޅުވާފައި ހުންނަ މުވައްޒަފެއް.
commissionerކޮމިޝަނަރ. ނ. 1. ކޮމިޝަނެއްގެ މެންބަރެއް. 2. ކޮމިޝަނެއް ދީފައިވާ މީހެއް. 3. އިނގިރޭސި ވިލާތުގެ ފުލުހުންގެ ތަޙްޤީޤީ އޮފީހުގެ ވެރިޔާ. 4. އަވަށެއް ނުވަތަ ރަށެއްގައި ހުންނަ ސަރުކާރުގެ މަންދޫބު ނުވަތަ ވެރިޔާ.
commitކޮމިޓް. 1. ކުރުން. ކަމެއް އަދާކުރުން. މ. ކުށެއް ކޮމިޓްކުރުން. 2. ރައްކާތެރިކުރުމަށް އެދި ނުވަތަ ފިޔަވަޅު އެޅުމަށް އެދި ޙަވާލުކުރުން. މ. ޝަރީޢަތަކަށް ކޮމިޓްކުރުން. ބިމަށް ޤަބުރެއް ކޮމިޓްކުރުން – ރަސމިއްޔާތަކާއެކު ވަޅުލުން. 3. ވަޢުދުވުން. ޒިންމާއަކަށް ބެދެވުން. މ. އޭނާ އެކަމަކަށް ކޮމިޓެއް ނުކުރިއެވެ – އެކަމަށް އެއްބަހެއް ނުވިއެވެ. ނއ. committed. ޚާއްޞަކޮށް ފިކުރަކަށް ތާއީދުކުރަން ވަޢުދުވުން ނުވަތަ ފިދާކުރުމަށް (ވަގުތާއި ޖާނާއި މާލު ކަމަކަށް ހޭދަކުރަން) އެއްބަސްވުން.
commitmentކޮމިޓްމަންޓް. ނ. 1. ކަމެއް ކުރާ ކުރުން. 2. މަސްއޫލިއްޔަތެއްގައި ނުވަތަ ޒިންމާއެއްގައި ބައިވެރިވެގެންވާ ވުން. 3. ޒިންމާއެއް، މަސްއޫލިއްޔަތެއް، ވަޢުދެއް. މުޢާހަދާއެއް. އިލްތިޒާމްއެއް. އެއްބަސްވުމެއް.
commitalކޮމިޓަލް. ނ. 1. ޖަލަކަށް ނުވަތަ އެހެންވެސް ބަންދަކަށް މީހަކު ހަމަޖައްސާ ހަމަޖެއްސުން. 2. ކަށްވަޅަކަށް ނުވަތަ އަލިފާނަށް ގަބުރެއް ޙަވާލުކުރުން.
committeeކޮމިޓީ. ނ. ޚާއްޞަ ކަމެއް ކުރުމަށް ނުވަތަ ތަނެއް ހިންގުމަށް ގިނަ ބައެއްގެ ތެރެއިން ޢައްޔަނުކުރެވޭ މީހުންގެ ޖަމާޢަތެއް.
commodeކޮމޯޑް. ނ. 1. ވަތްގަޑުބަރިއެއް. 2. ފާޚާނާކުރަން އިށީން ބައިން ޖާގަހަދައި، ތައްޓެއް ބެހެއްޓޭގޮތަށް ހަދައިފައި ހުންނަ ގޮނޑިއެއް. އަވަހާރަގޮޑި.
commodiousކޮމޯޑިއަސް. ނއ. ޖާގަބޮޑު (ގެއެއްގެ ނުވަތަ ކޮޓަރިއެއްގެ).
commodityކޮމޮޑިޓީ. ނ. ބޭނުންތެރި އެއްޗެއް. ގަނެ ވިއްކުމަށް ބޭނުންކުރެވޭ އެއްޗެއް. އުފެއްދުމެއް. ކާލާ.
commodoreކޮމޮޑޯ. ނ. 1. ކަނޑުގެ ސިފައިންގެ މީހުންގެ މަޤާމެއް. މިއީ ރިއަރ އެޑްމިރަލް އާއި ކެޕްޓަން އާ ދެމެދުގެ މަޤާމެވެ. 2. ފްލީޓަކަށް ވުރެ ކުޑަ ކަނޑު ސިފައިންގެ ހަނގުރާމަ މަތީ އުޅަނދުތަކެއް. 3. ޔޮޓު ކުލަބެއްގެ ރައީސް.
commonކޮމަން. ނއ. 1. މުޅި މުޖުތަމަޢުއަށް އޭގެ އަސަރުކުރާ. ޢާއްމު. 2. ދެ ނުވަތަ އެއަށްވުރެ ގިނަ މީހުންނަށް ނުވަތަ އެއްޗަކަށް މިލްކުވެގެންވާ ނުވަތަ ބައިވެރިވާ. މ. ކޮމަން ގްރައުންޑް ދެ ނުވަތަ ގިނަ ބަޔަކު އެއަށް ޝައުޤުވެރިވާ ނުވަތަ އެއްބަސްވާ. 3. ގިނައިން ފެންނަ، ޢާއްމު. 4. ޚާއްޞަކަމެއް އެކުލެވިގެން ނުވާ. ދޭސީ. ސާދާ. މ. ކޮމަން ބޮނޑު. 5. ވާހަކަ ދެއްކުމާއި އަޚްލާޤުގައި ނިއަނެތިކަމެއް ނެތް. 6. the Commons އިނގިރޭސި ވިލާތުގެ ރައްޔިތުން މަޖިލިސްކުރާ ގެ. –ނ. އެންމެން ބޭނުންކުރަން ވަށައިގެން ފުޅަށް ޖަހާފައިނުވާ ބިމެއް. ކއ. commonly. ނ. commonness. common law ބައެއްގެ އާދަތަކުގެ މައްޗަށް ބިނާ ކޮށް ނުވަތަ ކުރީގެ ޝަރީޢަތްތައް ނިމިފައިވާ ގޮތަށް ބަލައި ޢަމަލުކުރާ ޤާނޫނު.common-law husband/wife އެތައް ދުވަހަކު ރަސްމީ ކައިވެނިކުރުމެއް ނެތި އެކުގައި އުޅުމުން ކޮމަންލޯ އިން ބަލައިގަންނަ ފިރިން/އަނބިން.Common Market ޔޫރަޕިއަން އިކޮނޮމިކް ކޮމިޔުނިޓީއަށް ކިޔާ ނަމެއް. މި ޖަމާއަތުގެ މީހުން ދޭދޭ ޤައުމުތަކުން އިމްޕޯޓު ކުރާ ނަމަ ޓެކްސް އެއް ނުނަގާނެއެވެ. ބޭރު ގައުމުތަކުން ގެންނަ މުދަލަށް ނަގާނީ އެއް ޓެކްސް އެކެވެ. common or garden ނުރަސްމީ ބަހުރުވައިން އާދައިގެ. common room މަދަރުސާއެއް ނުވަތަ ކޮލެޖެއްގައި، ދަރިވަަރުން ނުވަތަ މުދައްރިސުން އިޖްތިމާޢީ ބޭނުންތަކަށް އެއްވާ ކޮޓަރި. common sense ކިޔެވެއްޔަކާ ނުލައި ޢާއްމު ތަޖުރިބާއިން ޢަމަަލީ ކަންކަމަށް ހުންނަ ބުއްދި. common-sense ނއ. އެންމެންނަށް ޢާއްމު، ދުވަހީ ކަންކަމަށް ބޭނުންވާ ހުނަރާއި ބުއްދި ހުރި. common time ނ. މިޔުޒިކް ބާރ އެއްގެ ދެ ނުވަތަ ހަތަރު ބީޓް ހުންނަ ތާލު. in common ދެ ނުވަތަ ގިނަ ބަޔަކު ބޭނުން ކުރާ. ޝައުޤެއް ނުވަތަ ސިފައެއް ނުވަތަ މިލްކުވެރިކަން އެތައް ފަރާތަކަށް ޢާއްމު.
commonerކޮމަނަރ. ނ. އިނގިރޭސިވިލާތުގައި ޝާހީ ނުވަތަ މަތީ އާއިލާއަކަށް އުފަން ނުވާ މީހެއް. އާދައިގެ މީހެއް. ޢާދީ.
commonplaceކޮމަންޕްލޭސް. ނއ. އާދައިގެ. ޢާއްމު. އީޖާދީ ގޮތެއް ނެތް. –ނ.މިފަދަ އެއްޗެއް ނުވަތަ ކަމެއް. މ. މަތިންދާބޯޓުން ދަތުރުކުރުމަކީ މިހާރު ކޮމަންޕްލޭސް ކަމެކެވެ.
commonwealthކޮަމަންވެލްތް. ނ. 1. މިނިވަން މުޖުތަމަޢު އެއް ނުވަތަ މިނިވަން ޤައުމެއް. 2. ޖުމްހޫރިއްޔާ އެއް. 3. އެތައް ޤައުމުތަކެއް އެކުވެގެން އުފައްދާ ފެޑެރޭޝަން އެއް ނުވަތަ ޤައުމެއް. the Commonwealth އިނގިރޭސީން އިސްތިޢުމާރުކުރި ޤައުމުތައް، މިނިވަންވުމުން އެއްވެގެން އުފެއްދި ޖަމްޢިއްޔާއެއް.
commotionކޮމޯޝަން. ނ. ހަމަނުޖެހުމެއް. އަޑުގަދަކުރުމެއް. ހަޅޭއްފަޅޭއް.
communalކޮމިޔުނަލް. ނއ. އެތައް ޖަމާޢަތްތަކަކުން ނުވަތަ ގުރޫޕަކުން ބޭނުން ކުރާ. މ. ކޮމިޔުނަލް ބަދިގެ. އެކަކަށް ނިސްބަތްވުމުގެ ބަދަލުގައި ޖަމާޢަތަކަށް ނުވަތަ މުޖުތަމަޢުއަކަށް ނިސްބަތްވާ. ކއ. communally.
communeކޮމްޔޫން. ނ. 1. އެ އާއިލާއަކަށް ނިސްބަތްނުވާ އެތައް ބަޔަކު ތަކެއްޗާއި ހިޔާވަހިކަން ބޭނުންކުރާ ގުރޫޕެއް. 2. ޔޫރަޕުގެ ބައެއް ޤައުމުތަކުގައި އަވަށަކަށް ކިޔާނަން.
communeކޮމިއުން. ކ. ރޫޙީގޮތުން ނުވަތަ ފިކުރުން މުޢާޞަލާތު ކުރުން/މުޢާމަލާތް ކުރުން. މ. ވެއްޓާ ކޮމިއުން ކުރުން – މީހާއަށް ވެއްޓާ އެކުމުތުވާ ކަމަށް އިޙްސާސްވުން.
communicableކޮމިިޔުނިކަބްލް. ނއ. މުޢާޞަލާތް ކުރެވޭ ނުވަތަ އެއްތަނުން އަނެއްތަނަށް ފޯރުވާ ނުވަތަ ފޯރުކުރެވޭ.
communicantކޮމިޔުނިކަންޓް. ނ. 1. ނަޞާރާދީނުގެ ރަސްމިއްޔާތެއްގައި ބައިވެރިވާތީ އެ ރަސްމިއްޔާތު ނިސްބަތްވާ މަޒުހަބުގެ މީހެއްކަމަށް ބަލާ މީހެއް. 2. މަޢުލޫމާތު ދޭ ނުވަތަ ފަތުރާ މީހެއް.
communicateކޮމިޔުނިކެއިޓް. ކ. 1. އެންގުން. ޚަބަރު ދިނުން. 2. ނަޤުލުކުރުން. އެއްޗެއް އެއް ތަނަކުން ނުވަތަ އެކެއްގެ ފަރާތުން އެހެން ފަރާތަކަށް ދިއުން ނުވަތަ ދާގޮތް ހެދުން. 3. ޚަބަރުތަކާއި މަޢުލޫމާތު ހޯދައި ފޯރުކުރުން. އިޖްތިމާޢީ ގުޅުންތައް ހިންގުން. 4. މަޢުލޫމާތު ފޯރުކޮށްދިނުމުގައި ކާމިޔާބުވުން. މ. ޒުވާނުންނަށް ބައެއް ފަހަރު މުސްކުޅިންނާ ކޮމިޔުނިކޭޓެއް ނުކުރެވެއެވެ. 5. ގުޅިފައިވުން. މ. މި ކާނު ވަޅާ ކޮމިޔުނިކޭޓް ވެފައި ވެއެވެ.
communicationކޮމިޔުނިކޭޝަން. 1. ކޮމިޔުނިކޭޓް ވާ ވުން. މުއާޞަލާތު. 2. މަޢުލޫމާތު އެއްތަނުން އަނެއް ތަނަށް ނަޤުލުކުރާ އެއްޗެއް. މ. ސިޓީ، މެސެޖު. 3. ކޮމިޔުނިކޭޓް ވުމަށް ނުވަތަ ކުރަން ބޭނުންވާ، މ. މަގު، ކާރު، ޓީވީ. ރޭޑިއޯ ފަަދަ އެއް ތަނެއް އަނެއްތަނާ ގުޅާދޭ އެއްޗެއް. communication cord ރޭލު ބަސް ފަދަ ތަކެތީގައި ކުއްލި ޙާލަތެއްގައި ދަމާލަން ހުންނަ ވައު ފަށެއް.
communicativeކޮމިޔުނިކޭޓިވް. ނ. ވާހަކަ ދައްކާ މަޢުލޫމާތު ދޭން ތައްޔާރަށް ހުރި.
communionކޮމިޔުނިއަން. ނ. 1. އެހެން ބަޔަކާ އިޢުތިޤާދުތަކާއި ޤަބޫލުކުރާ ކަންތައްތައް އެއްގޮތް މ. އެއްގޮތަކަށް ޢަމަލުކުރާ އެއްކަންކަމެއް ޤަބޫލުކުރާ ފައްޅިތައް: churches in communion with each other. 2. މީހުންގެ މެދުގައި އޮންނަ އިޖްތިމާޢީ ގުޅުންތައް. 3. އެއް މަޒުހަބަކަށް ނިސްބަތްވާ ނަޞާރާއިން. 4. ޕާނާއި ރާ ބޯ ނަޞާރާއިންގެ ރަސްމިއްޔާތެއް.
communiquéކޮމިޔުނިކޭ. ނ. ހަނގުރާމައެއް، ޖަލްސާއެއް ފަދަ ކަމެއްގައި ކަންތައްތައް ވީގޮތް ބަޔާންކުރާ ރަސްމީ ރިޕޯޓެއް.
communismކޮމިޔުނިޒަމް. ނ. 1. ހުރިހާ އެއްޗެއް އެންމެންނަށް މިލްކުވެރިވާ، އެންމެންގެ ލާބައަށް އެންމެން މަސައްކަތްކުރާ އިޖްތިމާޢީ ނިޒާމެއް. 2. ކެޕިޓަލިޒަމް ގެ ބަދަލުގައި، ބާވަތެއްގެ ކޮމިޔުނިޒަމް ޤާއިމްކުރުމަށް މަސައްކަތްކުރާ، ކުރީގައި ރޫސީވިލާތުގައި އޮތް ފަދަ ސިޔާސީ ނިޒާމެއް.
communistކޮމިޔުނިސްޓް. ނ. 1. ކޮމިޔުނިޒަމް އަށް ތާއީދުކުރާ ފަރާތެއް. 2. ކޮމިޔުނިސްޓް ސިޔާސީ ޕާޓީއެއްގެ މެންބަރެއް. communist party ކޮމިިޔުނިޒަމް އަށް ތާއީދުކުރާ ސިޔާސީ ޕާރޓީއެއް.
communisticކޮމިޔުނިސްޓިކް. ނއ. ކޮމިޔުނިޒަމް ގެ ނުވަތަ ކޮމިޔުނިޒަމް އާ ބެހޭ.
communityކޮމިޔުނިޓީ. ނ. 1. ޖުމްލަގޮތެއްގައި، އެއް ތަނެއްގައި، އަވަށެއްގައި ނުވަތަ ޤައުމެއްގައި ދިރިއުޅޭ މީހުން. މުޖުތަމަޢު. ޖުމްހޫރު. 2. ފެށުން އެއްގޮތް ނުވަތަ އެއްކަމަކަށް ޝައުޤުވެރިކަން ހުންނަ ބައެއް. މ. ބިދޭސީ ކޮމިޔުނިޓީ. 3. ކޮންމެވެސް ސިފައަކުން އެއްގޮތްވެފައިވާ ކަންކަން. މ. ކޮމިޔުނިޓީ އޮފް އިންޓަރެސްޓްސް. community centre އަވަށްގަނޑެއްގެ ބަޔަކަށް އިޖްތިމާއީ، މުނިފޫހިފިލުވާ އަދި ތަޢުލީމީ ފުރުޞަތުތައް ދޭ މަރުކަޒެއް. އިޖްތިމާޢީ މަރުކަޒު. community home ޒުވާން ކުށްކުރާ ކުދިން ގެންގުޅޭ މަރުކަޒެއް. community singing ގިނަ ބަޔަކު ލަވައިގެ ބައެއް ކިޔާގޮތަށް ލަވަކިޔުން.
commutableކޮމިޔުޓަބްލް. ނއ. ބަދަލުކުރެވޭ، މާރުކުރެވޭ. ފައިސާއަށް މާރުކުރެވޭ.
commuteކޮމިއުޓް. ކ. 1. އެހެން އެއްޗަކާ ބަދަލުކުރުން. މ. އޭނާގެ މަހު ޕެންޝަން ގަނޑު ފައިސާއަށް ކޮމިއުޓް ކޮށްފިއެވެ. 2. އަދަބެއް ލުއި އަދަބަކަށް ބަދަލުކުރުން. 3. މީހެއްގެ މަސައްކަތަށް އާދަކޮށް ދުއްވާ އެއްޗެއްގައި ސިޓީއެއް (ސަހަރެއް) ގައިވާ ތަނަކަށް ގޮސްއައިސްވުން.
commuterކޮމިއުޓަރ. ނ. ވަޒީފާ އަދާކުރާ ތަނުން ކޮމިއުޓް (މަތިބަލާ!) ގޮސް އައިސްވާ މީހާ.
Comorosކޮމޯރޯޒް. ނ. އިރުމަތީ އެފްރިކާގެ ޖަޒީރާ ރަށްތަކެއް. ނއ. ނ. Comoran.
compactކޮމްޕެކްޓް. 1. އެއްބަސްވުމެއް. މުޢާހަދާއެއް. ކޮންޓްރެކްޓެއް. ޢަޤްދެއް.2. މޫނުގައި ޖަހާ ފުށް އަޅާ ތިލަ ކުރަނޑިއެއް ނުވަތަ ދަޅެއް.
compactކޮމްޕެކްޓް. ނއ. 1. ބާރަށް ރީއްޗަށް ގާތްގާތުގައި. ކުޑަތަނަކަށް ފިއްތާއަޅާފައި ނުވަތަ ޖަހާފައި. 2. ކުރު ނުވަތަ ކުޑަ. 3. ޔޫއެސްގައި. ކުޑަ ކާރެއް. –ކ.ކުޑަ ޖާގަައެއްދާގޮތަށް، އެއްޗެތި ފިއްތާ ހަރުކުރުން. މ. ވެލި. ކއ. compactly. ނ. compactness.
compactedކޮމްޕެކްޓިޑް. ނއ. ބާރަށް ފިތިފައި، ގުޅުވައިގެން ފިއްތާފައި، ކުޑަތަނަކަށް ވައްދާ ފިއްތާފައި. އެއްޗަކުން ތަޅާ ހަރުކޮށްފައި. މ. ބިންގަނޑު.
companionކޮމްޕެނިއަން. ނ. 1. އެހެން މީހަކާ އެކީ އުޅޭ އެމީހާގެ މަސައްކަތާއި އުފާތަކާއި މުޞީބާތްތަކާއި އެހެން ކަންކަމުގައި ބައިވެރިވާ މީހެއް. ރަފީޤު. ސާތީ. 2. ބައެއް ކަހަލަ ލަޤަބުތަކުގެ މެންބަރެއް. 3. އެހެން މީހަކާ އެކީ އުޅުމަށް ވަޒީފާގައި ހުންނަ މީހެއް. 4. އެހެން އެއްޗަކާ ގުޅޭ އޭގެ ބައެއްގެ ގޮތުގައި ހިމެނޭ އެއްޗެއް. މ. މި ޓެކްސްޓްފޮތުގެ ޖަވާބު ހިމެނޭ ކޮމްޕެނިއަން ފޮތް ޗާޕެއް ނުވެއެވެ. companion-way ބޯޓެއްގެ ތައްޓުން ނިދާކޮޓަރިއަށް އަރާ/ފައިބާ ސިޑި.
companionableކޮމްޕެނިއަނަބްލް. ނއ. މީހުންނާ ގުޅޭ. މީހުންނާ ރައްޓެހި. އެހެން މީހުންނާ އެކުއުޅުމުން ހިތްހަމަ ޖެހުންލިބޭ. އެއްދާރު. އަނީސް. ކއ. companionably.
companionshipކޮމްޕެނިއަންޝިޕް. ނ. އެހެން މީހަކާ ނުވަތަ ބަޔަކާ އެކީ ވަގުތު ހޭދަކުރުމުން ލިބޭ ހިތްހަމަޖެހުން. މިތުރާކަން. އެހެން ރައްޓެހިބަޔަކާ އެކީ އުޅޭއިރު ލިބޭ އެކުވެރިކަމުގެ ހިތްހަމަޖެހުން.
companyކޮމްޕެނީ. ނ. 1. މިތުރާކަން، ހަމްރާހީކަން. މ. އަހުރެމެންނާ އެކީ ކޮމްޕެނީއަށް ޓަކައި ދަތުރުދަމާހިނގާށެވެ. 2. އެއްވެފައިވާ ބައެއް ނުވަތަ މެހެމާނުންތަކެއް. މ. we are expecting company - އިތުރު ބަޔަކަށް އަހުރެމެން އިންތިޒާރު ކުރަމެވެ. 3. މީހަކު، އެބަޔަކާ އެކު ވަގުތު ހޭދަކުރާ އެކުވެރިން. މ. he got into bad company - އޭނާ ސިޔާސާ ބަޔަކާ އެކުލެވީއެވެ. 4. ވިޔަފާރިއަށް އެކުލަވާ ނުވަތަ ގުޅޭ ބައެއް. ކުންފުނި. the ship’s company ބޯޓެއްގެ އޮފިސަރުންނާއި ފަޅުވެރިން. 5. ފައިމަގު ސިފައިންގެ 80 އާއި 150 އާ ދެމެދުގެ މީހުން އުޅޭ ފައުޖެއް. keep a person company އެކުވެރިކަމަށްޓަކައި މީހަކާ އެކީ ވުން މ. ދަތުރެއްގައި.
comparableކޮމްޕެރެބްލް. ނއ. އަޅައިކިޔޭ ވަރުވުން. ވައްތަރު. ކއ. comparably. ނ. comparability.
comparativeކޮމްޕެރެޓިވް. ނއ 1. އަޅައިކިޔުމެއް ހިމެނޭ. މ. ތަޢުލީމީ ނިޒާމުތަކުގެ ކޮމްޕެރެޓިވް ދިރާސާއެއް. 2. އަޅައިކިޔުމުން އަންދާޒާ ކުރެވޭ. މ. ކޮމްޕެރެޓިވް ފައިދާތައް – އެކަތީގެ ފައިދާތައް އަނެއް އެތީގެ ފައިދާތަކާ އަޅައިކިޔުން. living in comparative comfort ކުރިއާ އަަޅައި ބަލާއިރު އަރާމުގައި. 3. ބަހުގެ ގަވާއިދުގައި އަޅައި ކިޔުމަށް ބޭނުން ކުރާ ލަފުޒަށް ނިސްބަތްވާ. މ. bigger އަނެއް އެއްޗަށް ވުރެ ބޮޑު. –ކއ. comparatively.
compareކޮމްޕެއަރ. ނ. 1. އެއްޗަކާއި އެހެން އެއްޗަކާ ހުރި އެއްގޮތްކަން ބެލުން އަޅައިކިޔުން. 2. އިނގިރޭސި ބަހުގައި އެކަތި އަނެއް އެއްޗާ އަޅައި ކިޔުމާއި އެންމެ ފުރިހަމަ އެއްޗަށް ކަންއިތުރު އަދި ނަން އިތުރު ލަފުޒުތައް ފުރޮޅާލުން. –ނ. އަޅާ ކިޔުމެއް. beautiful beyond compareއެެހެން އެއްޗަކާ އަޅައިކިޔޭވަރަށް ވުރެ ރީތި. compare notes ނިންމުންތަކައި ޚިޔާލުތައް ބަދަލުކުރުން. compare to އެއްޗަކާ އެއްފަަދަ ކުރުން އެހެން އެއްޗަކާ ވައްތަރުކަމަށް ބުނުން. compare with އެއްޗެތިތަކެއް އޭގެ އެއްގޮތް ކަމާއި ތަފާތުތައް ވިސްނައިގަތުމަށް ގުރޫޕެއްގެ ގޮތުގައި ބެލުން.
comparisonކޮމްޕެރިސަން. ނ. އަޅައިކިޔާ ކިޔުން. beyond comparison އެކަތި އަނެއް އެއްޗަށް ވުރެ މާ ފުރިހަމަކަމުން އަޅާނުކިޔޭ.
compartmentކޮމްޕާރޓްމަންޓް. ނ. 1. އެއްޗެއް ބިތަކުން ބައިކޮށްފައި ހުންނަ އިރު އެއިން ވަތެއް. 2. ރޭލެއްގެ އެފަދަ ބައެއް.
compartmentalizeކޮމްޕާރޓްމެންޓަލައިޒް. ކ. އެއްޗެތިތަކެއް އެކި ބަޔަށް ވަކިކޮށް އެ ބައިތައް އެކުވިޔަނުދިނުން. ނ. compartmentalization.
compassކޮމްޕާސް. ނ. 1. ދަގަތްފާނު އުތުރަށް ކަށި ހުއްޓޭ، ކައްޓެއްލާފައި ހުންނަ މިސްރާބު ދައްކާ ނެވިކަމުގެ އާލަތެއް. ސަމުގާ. 2. ކަމެއްގެ ފުޅާކަން ނުވަތަ ދާއިރާ. –ކ. ވަށައިލުން. compass rose ސަމުގާގައި، މައިގަނޑު 32 ދިމާ ދައްކައިދޭ ގޮތަށް ކުރަހާފައި ހުންނަ ވަށްބުރު. compasses ދެ ފައި އެއްކޮޅުން ގުޅާފައި ހުންނަ ވަށްބުރު ކުރަހަން ބޭނުންކުރާ އާލަތެއް. ފަރުގާލު.
compassionކޮމްޕެޝަން. ނ. އެހީވާން ނުވަތަ ރަޙުމްކުރަން ބޭނުންވާ ހަމްދަރުދީ އާއި ދެރަވުމުގެ އިޙްސާސެއް. ރަޙުމް. ޝަފަޤާ. ނއ. compassionate. ކއ. compassionately.
compatibleކޮމްޕެޓިބްލް. ނއ. 1. އަރައިރުމެއް ދެކޮޅުވެރިވުމެއް ނެތި އެކީގައި އުޅުމުގެ ޤާބިލްކަން ހުރި. ގުޅޭ. 2. އެކުއެކީގައި ބޭނުންކުރެވޭ. އެކުގައި އުޅެވޭ ނުވަތަ ފެންނަ. މ. ބާރުދުވެލި ރައްކާތެރިކަމާ ކޮމްޕެޓިބްލް އެއް ނޫނެވެ. ކއ. compatibly. ނ. compatibility.
compatriotކޮމްޕެޓްރިއޮޓް. ކޮމްޕީޓްރިއޮޓް. ނ. ވަކި މީހެއްގެ ޤައުމަށް އަހުލުވެރި އެހެން މީހެއް. އެއް ޤައުމަކަށް ނިސްބަތްވާ އެހެން މީހެއް.
compelކޮމްޕެލް. ކ. 1. މީހަކު ލައްވާ ކަމެއް ކުރުވުމަށް ބާރު ނުވަތަ ނުފޫޒު ބޭނުންކުރުން. މަޖުބޫރުކުރުވުން. ކުރުމާ ނުކުރުމުގެ އިޚްތިޔާރެއް ނުދިނުން. 2. ހިފެހެއްޓުމެއް ނެތި، ކަމެއް އުފެދިގެން އައުން. މ. his courage compels admiration އޭނާގެ ކެރުމުގެ ސަބަބުން ތައުރީފު އުފައްދުވައެވެ.
compendiousކޮމްޕެންޑިއަސް. ނއ. ގިނަ މަޢުލޫމާތުތަކެއް ކުރުކޮށް ދޭ. ކުރު އެކަމަކު ހުރިހާ އެއްޗެއްވެސް ހިމެނޭ.
compendiumކޮމްޕެންޑިއަމް. ނ. 1. ކުރު ނަމަވެސް ހުރިހާ ވާހަކައެއް ހިމެނޭ ޚުލާޞާއެއް. 2. މޭޒުމަތީ ކުޅޭ ކުޅިވަރުތަކެއްގެ ފުނިވަރެއް.
compensateކޮމްޕެންސެއިޓް. ކ. 1. ގެއްލުމަށް ނުވަތަ ހަލާކަކަށް އެކަށީގެންވާ ބަދަލެއް ދިނުން. ބަދަލުދިނުން. 2. ކަމެއްގެ ބަދަލުގެ ގޮތުގައިވުން. މ. މިހާރުގެ ކާމިޔާބީތައް ކުރީގެ ފޭލިވުންތަކަށް ކޮމްޕެންސެއިޓް ކުރެއެވެ. ނ. compensation.
compensatoryކޮމްޕެންސޭޓަރީ. ނއ. ކޮމްޕެންސެއިޓުކުރާ.
compèreކޮމްޕެއަރ. ނ. ތަފާތު އެކި ޝޯތަކުގައި، ބައިވެރިން ތައާރަފުކުރާ މީހާ. –ކ. ކޮމްޕެއަރ އެއްގެ ގޮތުގައި މަސައްކަތްކުރުން.
competeކޮމްޕީޓް. ކ. މުބާރާތެއްގައި ބައިވެރިވުން. ވާދަކުރުން. މުޤާބަލާކުރުން. ތަނާފިސްކުރުން.
competentކޮމްޕިޓަންޓް. ނއ. 1. ބޭނުންވާ ކަންކުރުމަށް ޤާބިލު ނުވަތަ އަމުރު ލިބިގެންވާ. ޤާބިލް، ލާޔިޤު. ކުފޫ ހަމަވާ. ދަކުސްވަރަ. 2. ފުދޭ. އެކަށީގެންވާ. މ. އޭނާ އިނގިރޭސި ބަހަށް ކޮމްޕިޓަންޓް އެވެ. ކއ. competently. ނ. competence.
competitionކޮމްޕެޓިޝަން. ނ. 1. އިދިކޮޅު ފަރާތްތަކަށް ވުރެ މޮޅުވުމަށް މީހުން މަސައްކަތް ކުރާ ރައްޓެހިކަމުގެ މުބާރާތެއް. މުބާރާތް. މުނާފަސާ، މުޤާބަލާ. 2. ވާދަކުރާކުރުން. 3. ތިމާމެނާ ވާދަކުރާ އެހެން ފަރާތްތައް. މ. ހެދިކާ ވިއްކަން އަހުރެމެންނަށް ވަރަށް ބޮޑު ކޮމްޕެޓިޝަން އޮވެއެވެ.
competitiveކޮމްޕެޓިޓިވް. ނއ. ކޮމްޕެޓިޝަން ހިމެނޭ. ވާދަކުރަންޖެހޭ. މ. ކޮމްޕެޓިޓިވް ކުޅިވަރުތައް، ކޮމްޕެޓިޓިވް ރޫޙް – ވާދަކުރާހިތްވާ ޝުޢޫރު. ކޮމްޕެޓިޓިވް އިމްތިޙާނު – އިނާމަކަށް ވާދަކުރާ އިމްތިޙާނު. ކޮމްޕެޓިޓިވް އަގުތައް – އެހެން މީހުންނާ އަޅާ ބަލާއިރު އަގު ހެޔޮ. ކއ. competitively. ނ. competitiveness.
competitorކޮމްޕެޓިޓަރ. ނ. ކޮމްޕީޓް ކުރާ މީހެއް.
compileކޮމްޕައިލް. ކ. 1. މަޢުލޫމާތު ފަދަ ތަކެތި ތަރުތީބުކޮށް ލިސްޓަކަށް ނުވަތަ ފޮތަކަށް ހެދުން. 2. މިގޮތުގެ މަތިން ފޮތެއް ހެދުން. ނ. compilation.
compilerކޮމްޕައިލަރ. ނ. 1. މަޢުލޫމާތު އެއްކުރާ ނުވަތަ މަޢުލޫމާތު ތަކެއް އެއްކޮށްގެން ފޮތެއް އެކުލަވާލާ މީހާ. 2. ކޮމްޕިއުޓަރ ޕްރޮގްރާމް ކުރާ މަތީ ފެންވަރުގެ ބަސް (ކޮމްޕިއުޓަރ ލޭންގްވިޖް) ފަސޭހަ ކަމާއެކު ކޮމްޕިއުޓަރަށް ޕްރޮސަސް ކުރެވޭ ދަށް ފެންވަރުގެ ބަހަށް ބަދަލުކުރާ ޕްރޮގްރާމެއް.
complacentކޮމްޕްލޭސަންޓް. ނއ. އަމިއްލައަށް ފުދިގެން. ކއ. complacently. ނ. complaisance. (ކޮމްޕްލޭޒަންޓް އާ މާނަ ތަފާތުކަން ވިސްނާ!)
complainކޮމްޕްލެއިން. ނ. 1. ހިތްހަމަ ނުޖެހޭ ކަންތަކުގެ ވާހަކަ ދެއްކުން. ކަމެއް ގޯސްވީމާ މިކަމާ ހިތްހަމަ ނުޖެހުން ފާޅުކުރުން. ޝަކުވާކުރުން. 2. މީހަކަށް ތަދެއް ނުވަތަ އެހެން ވެސް ބައްޔެއް ޖެހިފައިވާ ކަން ބުނުން.
complaintކޮމްޕްލެއިންޓް. ނ. 1. ކަމަކާ ހިތްހަމަ ނުޖެހޭ ކަން ބުނާބުނުން. ހިތްހަމަ ނުޖެހޭކަން ފާޅުުކުރާ ފާޅުކުރުން. ޝަކުވާއެއް. 2. ހިތްހަމަ ނުޖެހޭ ސަބަބު. 3. ބައްޔެއް.
complaisantކޮމްޕްލޭޒަންޓް. ނއ. މީހުން ހިތްހަމަޖައްސާ ދިނުމަށް އެދޭ. (ކޮމްފްލެސެންޓް އާ މާނަތަފާތުކަން ވިސްނާ!)
complementކޮމްޕްލިމެންޓް. ނއ. 1. އެއްޗެއް ފުރިހަމަ ކުރާ އެތި. 2. އެއްޗެއް ފުރުމަށް ބޭނުންވާ ޢަދަދު ނުވަތަ މިންވަރު. މ. އޮޑީގައި ފަސިންޖަރުންގެ ފުލް ކޮމްޕްލިމަންޓް ތިއްބެވެ. –ކ. ފުރިހަމަ ކުރުން. ފުރިހަމަ ކުރާ އެއްޗެއްގެ ގޮތުގައި ވުން. މ. ތާކިހާ އެޅުމުން ޔުނިފޯމް ކޮމްޕްލިމެންޓް ވީއެވެ.
complementaryކޮމްޕްލެމެންޓަރީ. ނއ. އެއްޗެއް ފުރިހަމަ ކުރާ. ފުރިހަމަ ކުރުމަށް ބޭނުންވާ. complementary colours ދެ ކުލައިގެ އައްޔެއް އެކުވުމުން ހުދު ކުލަ ނުކުންނަ. މ. ނުލާއި ރީނދޫ. (complimentary އާ އޮޅުވާނުލާތި!).
completeކޮމްޕްލީޓް. ނއ. 1. އޭގެ ހުރިހާ ބައެއް ހިމެނޭ. އެއްވެސް ބައެއް މަދެއް ނޫން. 2. ނިމިފައި. މ. މަސައްކަތް ކޮމްޕްލީޓް ވެއްޖެ. 3. ހުރިހާ ގޮތަކުން މ. އޭނާއަކީ ކޮމްޕްލީޓް ސްޓްރޭންޖަރ އެކެވެ – އެއްވެސް ގޮތަކަށް ދަންނަ މީހެއް ނޫން. – ކ. 1. އެއްޗަކަށް މަދުވާ އެއްޗެއް ހިމަނައިގެން ފުރިހަމަކުރުން. 2. ނިންމުން (މ. މަސައްކަތެއް). 3. ބޭނުންވާ އެއްޗެއް ހިމަނައިގެން ފުރިހަމަކުރުން. މ. ކްއެސްޗެނައަރ ކޮމްޕްލީޓް ކުރާށެވެ. ކއ. completely. ނ. completeness.
completionކޮމްޕްލީޝަން. ނ. ކުރަމުންދާ ކަމެއް ނިންމުމުގެ މަލު. ހަދަމުންދާ އެއްޗެއް ނުވަތަ ކުރަމުންދާ ކަމެއް ނިންމިކަމުގެ ޙަޤީޤަތް.
complexކޮމްޕްލެކްސް. ނއ. 1. އެތައް އެއްޗެއް ހިމެނިގެން ހެދިފައިވާ. 2. ސާމާނުތަކާއި ބައިތައް ނުވަތަ އެހެން ކަންކަން ގިނަވެފައި ގޮތްގަޑު ބޮޑު. މުރައްކަބު. ޖަތިލް. އެކުވި. ނ. complexity.
complexionކޮމްޕްލެކްޝަން. ނ. 1. މޫނުގެ ހަމުގެ ކުލައާއި އޮމާންކަމާއި ފެންނަ ގޮތް. 2. އެއްޗެއްގެ ޢާއްމު ސިފަ އާއި ޠަބީޢަތް. މ. ތިވީގޮތުން އެ މައްސަލައަށް އެހެން ކޮމްޕްލެކްޝަނެއް ލިބިއްޖެ – މިހާރު ފެންނަ ގޮތް ތަފާތުވެއްޖެ.
compliantކޮމްޕްލަޔަަންޓް. ނއ. އެހެން މީހުން ކުރަން ބޭނުންވާ ކަންތައްތައް ކުރާ ނުވަތަ އުޅެން ބޭނުންވާ ގޮތަށް އުޅޭ. ތަބަޢަވާ. ގަވާއިދުތަކަށް ފެތޭ. ނ. compliance.
complicateކޮމްޕްލިކޭޓް. ކ. ކަމެއް ކުރަން ނުވަތަ ހަމަޖައްސަން ނުވަތަ އޮޅުންފިލުވަން ދަތިކުރުން ނުވަތަ ދަތިވުން. އެއްޗެއް ކޮމްޕްލެކްސް ކުރުން. މުރައްކަބު ކުރުން. އުނދަގޫކުރުން. ކަންތައްގަޑު ބޮޑުކުރުން.
complicatedކޮމްޕްލިކޭޓިޑް. ނއ. ދެތުމަށް އުނދަގޫވާ ގޮތަށް އެތައް ބައިތަކެއް ހިމެނޭ. ތަރުތީބުކުރެވިފައިވާ ގޮތުން އޮޅުންފިލަން ދަތި. މުރައްކަބު. ކަންތައްގަނޑު ބޮޑު.
complicationކޮމްޕްލިކޭޝަން. ނ. 1. ހާލަތެއް އުނދަގޫކުރާ ކަމެއް. ނުވަތަ މިކަންކުރުމުގެ ޢަމަލު. 2. ޖެހިފައިވާ ބައްޔަށް ބޭސްކުރަން އުނދަގޫވާފަދަ މެދުވެރިވާ އެހެން ޞިއްޙީކަމެއް. 3. މުރައްކަބު އެކުވި އެތައް އެއްޗެއް.
complicityކޮމްޕްލިސިޓި. ނ. ކުށެއް ކުރުމުގައި ބައިވެރިވާވުން.
complimentކޮމްޕްލިމަންޓް. ނ. ޢަމަލުން ނުވަތަ ބަހުން ފާޅުކުރާ ތާރީފު ނުވަތަ ސަނާ. –ކ. ތަޢުރީފުކުރުން. މަރުޙަބާކިޔުން. ޚުސާމިދު ކުރުން. compliments ރަސްމީގޮތެއްގައި މެސެޖަކުން ފޮނުވާ މުބާރިކްބާދީ. (complement އާ އޮޅުވާނުލާ!)
complimentaryކޮމްޕްލިމެންޓަރީ. ނއ. 1. ތަޢުރީފު ބަޔާންކުރަމުން. 2. އަގެއްނުނަގާ ހިލޭ. complementary) އާ އޮޅުވާނުލާ!(
complineކޮމްޕްލިން. ނ. ނަޞާރާދީނުގައި، ދުވަހެއްގައި އެންމެ ފަހުން ބާއްވާ އަޅުކަންކުރުން.
complyކޮމްޕްލައި. ކ. އެންގިގޮތަށް ނުވަތަ އޯޑަރު އައިގޮތަށް ކަންކުރުން. comply with the rules ގަވާއިދުތަކަށް ތަބާވުން ނުވަތަ އެއާ އެއްގޮތަށް އުޅުން.
componentކޮމްޕޯނަންޓް. ނ. އެތައް ބައެއް އެކުވެގެން ހެދިފައިވާ އެއްޗެއްގެ ބައެއް. –ކ. ކޮމްޕޯނަންޓް އަކަށް ވާ.
composeކޮމްޕޯސް. ކ. 1. އެއްޗެއް އެކުލެވިގެން ވުން. މ. ކްލާސް ކޮމްޕޯސްވެފައިވަނީ 20 ކުދިންނާއިގެންނެވެ. 2. އަދަބީ ނުވަތަ ޝާޢިރީ އެއްޗެއް އުފެއްދުން. 3. ރަނގަޅު ހަމައިން ތަރުތީބުކުރުން ނުވަތަ ރޭވުން. 4. ހަމަހިމޭންކަން ގެނައުން. މ. compose yourself – ކަލޭ ހަމަޖެހިބަލާށެވެ.
composedކޮމްޕޯސްޓް. ނއ. ހަމަޖެހިފައި. މީހެއް ޝުޢޫރުތައް ކޮންޓްރޯލް ކުރެވިފައި. ކ. ކޮމްޕޯޒިޑްލީ composedly.
composerކޮމްޕޯސަރ. ނ. މިޔުޒިކް ފަދަ ތަކެތި އެކުލަވައިލާ މީހާ.
compositeކޮމްޕޮޒިޓް. ނއ. މުރައްކަބު. އެތައް އެއްޗެއް އެކުލެވިގެން އުފެދިފައިވާ ނުވަތަ ހަދާފައިވާ. –ނ. އެކުވި އެއްޗެއް.
compositionކޮމްޕޮޒިޝަން. ނ. 1. އެއްޗެތިތަކެއް އެކައްޗެއްގެ ގޮތަށް ރޭވުން ނުވަތަ ހަމަޖެއްސުން. 2. އެކުލަވައިލައިފައިވާ އެއްޗެއް. މ. ސިޓީއެއް، މިޔުޒިކެއް. ޅެމެއް. 3. އެެއްޗެއް އެކުލެވިފައިވާ ބައިތައް. މ. މޫދު ލޮނުގެ ކޮމްޕޮޒިޝަން. 4. ކުރެހުމެއް ނުވަތަ ފޮޓޯއެއްގައި ބައިތައް އެތުރިފައިވާ ގޮތް. 5. އެތައް އެއްޗެއް އެކުވެގެން ހަދައިފައިވާ މަޞްނޫޢީ އެއްޗެއް.
compositorކޮމްޕޮސިޓަރ. ނ. ތަކެތި ޗާޕުކުރުމަށް ވަކިވަކި ޓައިޕް އަކުރުން ޞަފުޙާތައް ރާވާ މީހާ. (ކުރީގެ ޓެކްނޯލޮޖީއެއް).
compos mentisކޮމްޕަސް މެންޓިސް. ނއ. ހަމަ ބުއްދީގައި. ހަމަ ވިސްނުމުގައި. (ލެޓިން ޢިބާރާތެއް).
compostކޮމްޕޯސްޓް. ނ. 1. ފީވާ ޒާތުގެ ފަތްފަދަ ތަކެތި އެއްކޮށްގެން އުފައްދާ ކާދު. 2. ވެއްޔާއި އެހެން ތަކެތި އެއްކޮށްގެން އޮށްފަޅުވަން ނުވަތަ ގޮފިރޯކުރަން ހަދާ ގަސްކާނާ. –ކ. ކާދު އެޅުން. ފަތްފަދަ ތަކެތި ކާދަށް ބަދަލުކުރުން.
composureކޮމްޕޯޜަރ. ނ. ބުއްދީގެ ނުވަތަ ޙަރަކާތްތެރިވެ އުޅުމުގެ ހަމަ ހިމޭންކަން. ހަމަހިމޭންކަމާއި، ޔަޤީންކަމާއި ކޮންޓްރޯލް އޮތުމުގެ އިޙްސާސް.
compoteކޮމްޕޯޓް. ނ. ތަފާތު މޭވާ ކުދިކޮށް ކޮށައި، އޮރެންޖު ފަނީގައި ނުވަތަ ހަކުރުފެނުގައި ކައްކައިގެން ހަދާ ކާނާއެއް.
compoundކަމްޕައުންޑް. ނއ. 1. ދެ ނުވަތަ އެތައް އެއްޗަކުން އެކުލެވިގެންވާ. އެތައް ބައިތަކަކުން އުފެދިފައިވާ. އެކުވި. މުރައްކަބު. –ނ. ކަމްޕައުންޑް އެއްޗެއް. މ. ހިކަނދި ފަތް (ކުދި ވަކި ފަތްތަކަކުން އުފެދިފައިވާ އެއްފަތް). compound fracture ކަށިގަނޑު ބިނދިގެން ކަށިކޮޅެއް ހަންގަނޑުން ބޭރަށް ނިކުމެފައިވާ ބިނދުން. compound interest ކެޕިޓަލް (ދަރަންޏަށް ނެގި ޢަދަދު) ގެ ތެރެއަށް އިންޓަރެސްޓް އިތުރުކޮށް ޖުމުލަ ޢަދަދުން އިންޓަރެސްޓް ނެގުން.
compoundކަމްޕައުންޑް. ކ. 1. އެއްޗެއް އެހެން އެއްޗަކާ އެއްކޮށްގެން އެއްޗެއް ހެދުން. 2. އެއްކުރުން ނުވަތަ އިތުރުކުރުން. މ. ދިމާވެފައިވާ އުނދަގޫތަކަކަށް އިތުރު އުނދަގުލެއް ކަމްޕައުންޑް ކުރުން. 3. އެއްބަސްވުމަކަށް އައުން. ދަރަންޏެއް ފުއްދުން. 4. ކުށެއް ކުރިކަން ވަންހަނާކުރުމަށް އެއްބަސްވުން.
compoundކަމްޕައުންޑް. ނ. ވަށައިގެން ފާރެއް ނުވަތަ ފުޅަފެއް ހުންނަ ގެ ނުވަތަ އެހެން ވެސް ޢިމާރާތެއް. ރާއްޖޭގައި ކުރިން ގެތައް ހުންނަނީ މިގޮތަށް ވަށައިގެން ފާރު/ފުޅަށް ލާފައެވެ.
comprehendކޮމްޕްރިހެންޑް. ކ. 1. އެއްޗެއް ނުވަތަ ކަމެއް އޮޅުން ފިލުން. އެނގުން. ދެތުން. ދެނެގަނެވުން. ފަހުމްވުން. 2. ހިމެނުން. ނ. comprehension.
comprehensibleކޮމްޕްރިހެންސިބްލް. ނއ. އޮޅުންފިލާ ފަދަ. ދެނެގަނެވޭ ފަދަ. ކއ. comprehensibly. ނ. comprehensibility.
comprehensiveކޮމްޕްެރިހެންސިވް. ނއ. ގިނަ ބައިތައް ނުވަތަ ހުރިހާ ބައެއް ހިމެނޭ. ބޭނުންވާ ހުރިހާ އެއްޗެއް ހިމެނޭ. ޝާމިލް. ފުރިހަމަ. ކއ. comprehensively. ނ. comprehensiveness. ނ. comprehensive school ބުއްދީގެ ހުރިހާ ފެންވަރެއްގެ ކުދިންނަށް ކިޔަވައިދޭ ބޮޑު މަދަރުސާއެއް.
compressކޮމްޕްރެސް. ކ. ފިއްތުން. ކުޑަތަނަކަށް ގެންނެވުން. ކުރުކޮށްލުން. ނ. compression. ނ. compressor.
compressކޮމްޕްރެސް. ނ. ދުޅަތިރިކުރަން ނުވަތަ ލޭ މަނާކުރަން ހަށިގަނޑުގެ ތަނެއްގައި ޖައްސާ ފިއްތާ ފޮތިގަނޑެއް.
compressibleކޮމްޕްރެސިބްލް. ނއ. ފިއްތޭ. ކުޑަތަނަކަށް ގަދަކަމުން ވައްދާލެވޭ ނުވަތަ ގަންނަވާލެވޭ.
compriseކޮމްޕްރައިޒް. ކ. 1. ހިމެނުން. 2. ބައިވެރިވެގެން ވުން. އެކުލެވިގެން ވުން. މ. އެޕާޓްމަންޓް ކޮމްޕްރައިޒް ވަނީ ތިން ކޮޓަރިންނެވެ. މި ލަފުޒަށް ފަހު of ބޭނުމެއް ނުކުރެއެވެ.
compromiseކޮމްޕްރޮމައިޒް. ނ. 1. ދެ ފަރާތެއް، ކޮންމެ ފަރާތަކުން ވެސް ބޭނުން ބައެއް ކަންތައްތައް ދޫކޮށްލައިގެން އެއްބަސްވުމަކަށް އަންނަ އައުން. 2. މިގޮތަށް އެއްބަސްވާ އެއްބަސްވުން. 3. ދެކޮޅަށް ހުރި ޚިޔާލުތަކާއި ކުރެވޭ ޢަމަލުތަކުގެ މެދު މިންވަރު. –ކ. 1. ދެބަސްވުމެއް މެދުމިނުގެ ޙައްލަކަށް ބަދަލުކޮށްގެން ހަމަޖެއްސުން. 2. ނޭދެވޭ ޢަމަލެއްގެ ސަބަބުން، މީހެއްގެ ޤަދަރު އުނިވާފަދަ ވާހަކަ ދެކެވޭނޭ ނުވަތަ ނުރައްކަލަކަށް ހުށަހެޅުން. 3. (ނޭދެވޭ މާނައެއްގައި) ތިމާ ހިފަހައްޓާ އުޞޫލުތައް ނުވަތަ އެއްޗެއްގެ ފެންވަރު ދަށްކޮށްލުން.
compulsionކޮމްޕަލްޝަން. ނ. 1. އަމިއްލައަށް މަތަކުރަން ވަރަށް ދަތި، ތަކުރާރުކޮށް ކަމެއް ކުރަން ގަދަޔަށް ބޭނުންވާ ވުން. 2. މަޖުބޫރުކަމެއް. ކަމެއް ކުރުވާ ބާރެއް.
compulsiveކޮމްޕަލްސިވް. ނއ. 1. މަޖުބޫރެއްގެ ގޮތުގައި ކުރާ. 2. ހުއްޓާލަން ދަތި. މ. ކޮމްޕަލްސިވް ޖުވާކުޅޭ މީހެއް. ކއ. compulsively.
compulsoryކޮމްޕަލްސަރީ. ނއ. ކޮންމެހެން ކުރަންޖެހޭ ކަމެއް. ގަވާއިދުތަކުގެ މަތިން ކުރުމަށް ލާޒިމްވާކަމެއް. މަޖުބޫރު. އިލްޒާމީ. ލާޒިމީ. ކއ. compulsorily.
compunctionކޮމްޕަންކްޝަން. ނ. ކުރަން ޤަޞްކުރާ ނުވަތަ ކުރި ކަމަކާ ދޭތެރޭ ކުރެވޭ ކުށްވެރިކަމުގެ އިޙްސާސް. ކުރިކަމަކާ ދޭތެރޭ ޒަމީރު އަށް ކަށިޖަހާ ކަހަލަ އިޙްސާސް.
computeކޮމްޕިއުޓް. ކ. ވިއަކުރުން. ހިސާބުކުރުން. ނ. computation.
computerކޮމްޕިއުޓަރ. ނ. ހިސާބުކުރާ މެޝިނެއް. ގިނަ ފަހަރު މިއީ އިލެކްޓްރޮނިކް މެޝިނެކެވެ. ޢަދަދުތަކާއި ފޮޓޯ އާއި ލަފުޒުތައް ހިމެނޭ ޑޭޓާ، އޭގައި ބަަހައްޓައި، ތަރުތީބުކޮށް، އެކި ގޮތްްގޮތަށް އިންތިޒާމް ކޮށް ހާމަކޮށް ނުވަތަ އެހެން މެޝިނެއް ކޮންޓްރޯލް ކުރާ އެއްޗެއް.
computerizeކޮމްޕިއުޓަރައިޒް. ކ. 1. ކޮމްޕިއުޓަރެއް ބޭނުންކޮށްގެން، އެކި މަޢުލޫމާތު ރައްކާކޮށް އެކިގޮތްގޮތަށް ބަދަލުކުރުން. 2. ކުރަމުންދާ ކަމެއް ނުވަތަ މެޝިނެއް، ކޮމްޕިއުޓަރަކުން ކުރެވޭގޮތަށް ނުވަތަ ކޮންޓްރޯލް ކުރާ ގޮތަށް ބަދަލުކުރުން. ނ. computerization.
comradeކޮމްރޭޑް. ކޮމްރެއިޑް. ނ. 1. މީހަކު ކުރާ ކަންތައްތަކުގައި ބައިވެރިވާ ރައްޓެއްސެއް. 2. އެކުވެރި އެހެން ކޮމިޔުނިސްޓެއް ނުވަތަ ސޯޝިއަލިސްޓެއް. ކއ. comradely. ނ. comradeship.
conކޮން. ކ. ނުރަސްމީ ބަހުރުވައިން މީހެއްގެ އިތުބާރު ހޯދުމަށް ފަހު އެމީހާގެ އަތުން ފައިސާ ހޯދުން. ޓެކުން. ނުރަސްމީ ބަހުރުވައިން ކެއްސެއް. con man ޓެކޭ މީހެއް.
conކޮން. ބަލާ pro.
conކޮން. ކ. ބޯޓެއް، ސަބްމެރިނެއް ނުވަތަ ހެލިކޮޕްޓަރެއްގެ ހުންގާނު ހިފުން ނުވަތަ މިސްރާބު ހިފެހެއްޓުން.
Conakryކޮނަކްރި. ނ. އިރުމަތީ އެފްރިކާގައިވާ ގިނީގެ ވެރިކަން ކުރާ ސަހަރު.
concatenationކޮންކެޓިނޭޝަން. ކޮންކެޓަނޭޝަން ނ. ގުޅިފައިވާ ހާދިސާތަކެއް ނުވަތަ ޚިޔާލުތަކެއް ނުވަތަ އެއްޗެތިތަކެއް.
concaveކޮންކެއިވް. ކޮންކޭވް. ނއ. ބޯތައްޓެއްގެ އެތެރެ އޮންނަ ބައްޓަމަށް އަޑިއަށް ގޮސްފައިވާ. ނ. concavity.
concealކޮންސީލް. ކ. ފޮރުވުން. ސިއްރުކޮށްފައި ނުވަތަ ފޮރުވާފައި ބޭއްވުން. ނ. concealment.
concedeކޮންސީޑް. ކ. 1. ކަމެއް ތެދުކަމަށް އެއްބަސްވުން. އިޢުތިރާފުވުން. 2. ދޫކޮށްލުން. ހުއްދަ ދިނުން ނުވަތަ ވީއްލުން. މ. އަވަށްޓެރިޔާ އެ ގޭގައި ގުޑި އެއްލަން ކޮންސީޑް ކޮށްފިއެވެ. 4. މުބާރާތެއް ނިމުމުން ކުރިން ނުވަތަ ފަހުން ނަމަވެސް ބަލިވެއްޖެކަމަށް ޤަބޫލުކުރުން.
conceitކޮންސީޓް. ނ. ބޮޑާކަން، ކިބުރުވެރިކަން. އަމިއްލަ ނަފުސާއި ނުވަތަ އަމިއްލައަށް ކުރާ ކަންތައްތަކާ މާބޮޑަށް ފަޚުރުވެރިވުން.
conceitedކޮންސީޓިޑް. ނއ. އަމިއްލަ ޤާބިލްކަމާއި ޢަމަލުތަކާމެދު މާބޮޑަށް ފޮނިވާ. މަޣްރޫރު. ކިބުރުވެރި.
conceivableކޮންސީވަބްލް. ނއ. ޚިޔާލަށް ގެނެވޭ. ޤަބޫލުކުރެވޭ. ވެދާނެ. މުމްކިން.
conceiveކޮންސީވް. ކ. 1. ބަލިވެއިނުން. 2. ޚިޔާލެއް ބުއްދިއަށް އައުން. ވިސްނުން.
concentrateކޮންސެންޓްރޭޓް. ކ. 1. މީހެއްގެ ހުރިހާ ސަމާލުކަމާއި ފިކުރާއި ހަކަތަ ވަކި ކަމަކަށް ދިނުން ނުވަތަ ފޯކަސްކުރުން. ތަރުކީޒުކުރުން. 2. އެއްތަނަކަށް ގެނައުން ނުވަތަ އައުން. 3. ގިރިފައިވާ ތަކެތި ގިނަކޮށްގެން އެއްޗެއް އޮލަކުރުން. –ނ. ކޮންސެންޓްރޭޓް ވެފައިވާ އެއްޗެއް. މ. ފެން މަދުކޮށްފައިވާ ހުސް ލުބޯހުތް. ނ. concentration. concentrated ނއ. ދިޔައެއްގައިވާ މައިގަނޑު އެތި ގިނަކޮށްގެން ދިޔައެއްގެ އަސަރު ގަދަވެފަައިވާ. ގަދަވެފައިވާ. މ. ކޮންސޭންޓްރޭޓިޑް ހޭޓްރިޑް – މީހަކާ މެދު އަންނަ ގަދަ ރުޅި. concentration camp ޢާންމު މީހުން ސިޔާސީ ސަބަބުތަކަށްޓަކައި ޖަމާކުރާ ޖަލެއް ފަދަ ތަނެއް.
concentricކޮންސެންޓްރިކް. ނއ. އެއް މެދެއްވާ (މ. ވަށްބުރުތަކެއް).
conceptކޮންސެޕްޓް. ނ. ޚިޔާލެއް. ފިކުރެއް. ތަޞައްވުރެއް. މަފްހޫމް. މ. މިނިވަންކަމުގެ ކޮންސެޕްޓް.
conceptionކޮންސެޕްޝަން. ނ. 1. ކަމަކާ ނުވަތަ އެއްޗަކާ ބެހޭ ގޮތުން ހުންނަ ފިކުރު ނުވަތަ ޚިޔާލު ނުވަތަ ވިސްނުން. 2. ރަޙިމެއްގައި، މަނިފަންޏަކާއި އަންހެނެއްގެ ބިހެއް އެކުވެގެން ކުޑަކުއްޖަކު އުފެދެން ފަށާ ފެށުން.
concernކޮންސާރން. ކ. 1. ކަމަކާ ގުޅިގެން ފިކުރު ބޮޑުވުން. މ. ބައްޕަގެ ބައްޔާ މެދު އަހުރެން ކޮންސާރން ވެއެވެ. 2. ކޮންމެވެސް މީހަކަށް މުހިއްމުވުން ނުވަތަ މީހަކު ކަމަކާ ސީދާ ބައިވެރިވުން. މ. ތިމާވެށްޓާ މެދު އެންމެން ކޮންސާރން ވާން ވާނެއެވެ. 3. އެއްޗެއްގެ (މ.ފިލްމެއްގެ) މައުޟޫޢު. މ. މި ވާހަކަ ކޮންސާރން ވަނީ މަރިޔަމްގެފާނާއެވެ – މިއީ މަރިޔަމްގެފާނާ ބެހޭ ވާހަކައެކެވެ. 4. ވަގުތު ނުވަތަ ސަމާލުކަން ދާ ކަންތައް.–ނ. 1. ޝައުޤުވެރިކަން ނުވަތަ މުހިއްމުކަން ހުންނަ އެއްޗެއް. 2. ޒިންމާއެއް. މ. ތިއީ އަހަރެންގެ ކޮންސާރން އެއް ނޫނެވެ. 3. ޙިއްޞާއެއް ނުވަތަ ގުޅުމެއް. 4. ފިކުރު، ހާސްކަން. ނުތަނަވަސްކަން. 5. ކުންފުންޏެއް ނުވަތަ ފެކްޓަރީއެއް. 6. ނުރަސްމީ ބަހުރުވައިން އެތި.
concernedކޮންސާރންޑް. ނއ. (ކަމަކާ ބެހޭގޮތުން) ނުތަނަވަސްވެފައި، ފިކުރުބޮޑުވެފައި.
concerningކޮންސާރނިން. ޕ. ބެހޭ. އެއްޗަކާ ނުވަތަ ކަމަކާ ބެހޭގޮތުން.
concertކޮންސަރޓް. ނ. އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ބާއްވާ މިޔުޒިކް ޝޯއެއް. at concert pitch ވަރުގަދައަށް ނުވަތަ ބަރާބަރަށް. މި ޢިބާރާތް އައިސްފައިވަނީ ގޭގައި ކުޅޭ ޕިއާނާއަށް ވުރެ ކޮންސަރޓްތަކުގައި ބޭނުން ކުރާ ޕިއާނޯ މާ ތޫލިކޮށް ޓިއުންކޮށްފައި ހުންނާތީއެވެ. in concert އެންމެން ގުޅިގެން. އެކުގައި.
concertedކޮންސަރޓިޑް. ކޮންސާރޓަޑް. ނއ. އެކުވެގެން. އެންމެން އެއްބަސް ކިޔައިގެން. ޢަޒުމާއި ސީރިއަސް ކަމާއެކު ގުޅިގެން ކަމެއް ކުރުން.
concertinaކޮންސާރޓިނާ. ނ. ދެކޮޅުގައި ފިތް ހުންނަ ހައަރިއަށް އޮންނަ ފިލާގަނޑެއް ހިމެނޭ، ގިރުބައެއް އަތުން ފިއްތައިގެން މިޔުޒިކް ކުޅޭ އާލަތެއް. –ކ. މީގެ އެއްޗެއް ފަދައިން ކުޑަކޮށްލުން ނުވަތަ މަޅާލުން.
concertoކޮންސަރޓޯ. ނ. އެކަކު ދެމީހަކު އާއި އަދި ބޭނުންނަމަ އޯކެސްޓްރާއަކުން ވެސް ކުޅެވޭގޮތަށް އެކުލަވައިލައިފައިވާ މިޔުޒިކެއް.
concessionކޮންސެޝަން. ނ. 1. އެއްބަސްވުމަކަށް އައުމަށް ނުވަތަ ދެކޮޅުވެރިކަމެއް ނިންމުމަށް ދެބަސްވާ ކަންތައްތަކުން ދޫކޮށްލާ ކަންތައްތައް. މިކަން ކުރުން. 2. ބިމެއްގެ މިލްކުވެރިފަރާތުން އެތަނުން އެހެން ބަޔަކު މަޢުދަން ނަގަން ނުވަތަ އެހެންވެސް އެއްޗެއް ނަގަން ދޭ ހުއްދަ.
conchކޮންޗް. ނ. ތާޅަފިއްޔެއްގެ ގޮތަށް ބައެއް ފަހަރު ބޭނުންކުރާ މޫދުގައި އުޅޭ ފޫއެނބުރި ބޮއްޔެއް. ފެނުކައްކާބޮލި/ ސަންގު.
conciliateކޮންސިލިއޭޓް. ނ. 1. ރުޅިވެރިކަމާއި ދެކޮޅުވެރިކަމަށް ފިނިކަން ގެނެސް އެކަންކަމުން އަރައިގަތުން. ރުހުން ހޯދުން. 2. ރުޅިވެރި ފަރާތްތައް ރައްޓެހިކުރުވުން. ދެކޮޅުވެރި ނުވަތަ ދެބަސްވާ ފަރާތްތައް އެއްބަސްކުރުވުން. ނ. conciliation. ނ. conciliator. ނއ. conciliatory.
conciseކޮންސައިސް. ނއ. އެންމެ ކުރުކޮށް ހުރިހާ މަޢުލޫމާތު ހިމަނާ. ކޮންމެހެން ބޭނުންނުވާ އެއްޗެތި ނުހިމަނާ ކުރު. –ކއ. concisely. ނ. conciseness.
conclaveކޮންކްލެއިވް. ނ. ސިއްރު އަމިއްލަ ބައްދަލުވުމެއް. ނަޞާރާއިން ޕޯޕު ހޮވާ ބައްދަލުވުން.
concludeކޮންކްލޫޑް. ކ. 1. ނިމުމަކަށް ގެނައުން ނުވަތަ އައުން. 2. ހަމަ ޖެއްސުން. އެންމެ ފަހުން ނިންމާލުން. މ. އެއްބަސްވުމެއް. 3. ފިކުރުން ވަކި ނިންމުމަކަށް އާދެވުން.
conclusionކޮންކްލޫޜަން. ނ. 1. ކޮންމެވެސް އެއްޗެއްގެ ފަހުބައި. ނިންމުން. ނަތީޖާ. 2. ރަސްމީކޮށް، ކަމަކާ އެއްބަސްވުން ނުވަތަ ހަަމަޖެއްސުން. 3. ހުރިހާ މަޢުލޫމާތެއްގެ މައްޗަށް ވިސްނައި އެންމެ ފަހުން ފިކުރުން ނިންމުނުގޮތް. in conclusion އެންެމެ ފަހުން، ނިންމާލަމުން.
conclusiveކޮންކްލޫސިވް. ނއ. ޝައްކު ފުހެލާ. އިތުބާރުކުރެވޭ. ކއ. conclusively.
concoctކޮންކޮކްޓް. ކ. 1. އައު ގޮތަކަށް ނުވަތަ ރޭވުމެއް ނެތި، ތަކެތިތަކެއް އެއްކޮށްގެން އެއްޗެއް ހެދުން. މ. ކާނާއެއް. 2. މީހަކަށް އޮޅުވާލުމުގެ ބޭނުމުގައި، ވާހަކައެއް، ސަބަބެއް އުފެއްދުން. ނ. concoction.
concomitantކޮންކޮމިޓަންޓް. ނ. ކަމެއް އެހެންކަމަކާ ވިއްދައި ވާ، އަދި އެކަމާ ގުޅުމެއް ހުރި ކަމެއް. މ. ހަނދާން ބަލިވުމަކީ ޢުމުރުން ދުވަސްވުމާ ކޮންކޮމިޓަންޓް ކަމެކެވެ. –ނއ. ގުޅިފައިވާ ކަމެއް.
concordކޮންކޯޑް. ނ. މީހުންގެ މެދުގައި ނުވަތަ ތަކެތީގެ މެދުގައިވާ އެކުލެވުމާއި ހަމަޖެހުން. ނއ. concordant.
concordanceކޮންކޯރޑަންސް. ނ. 1. ފޮތެއްގައި ވާ ލަފުޒުތައް ތަރުތީބުކޮށް ލަފުޒެއް ހިމެނޭ ޞަފުޙާ އަށް ޙަވާލާ ދޭ ލިސްޓެއް. 2. އެއްބަސްވުމުގެ ޙާލަތު ނުވަތަ ތަކެތީގެ މެދުގައިވާ އެއްގޮތްކަން.
concordatކޮންކޯޑެޓް. ނ. ފައްޅި އާއި ދައުލަތާ ދޭތެރޭ ވެވޭ އެއްބަސްވުމެއް. ޚާއްޞަކޮށް ރޯމަން ކެތޮލިކް މަޒުހަބާއި ޤައުމަކާ ދެމެދު ވެވޭ އެއްބަސްވުން.
concourseކޮންކޯސް. ނ. 1. މީހުންގެ ބައިގަނޑެއް. 2. ޢިމާރާތެއްގެ ތެރޭގައި ނުވަތަ އެހެންވެސް ތަނެއްގައި މީހުން ހިނގާބިނގާވާން އޮންނަ ހުސްޖާގައެއް.
concreteކޮންކްރީޓް. ނ. ހިލައާއި ސިމެންތި އާއި ވެލި ބޭނުންކޮށްގެން ޢިމާރާތްކުރަން ނުވަތަ ތަޅުން އަޅަން ބޭނުންކުރާ ހަރުވާ އެއްޗެއް. –ނއ. 1. އަތްލެވޭ މާއްދާ އެއްޗެއްގެ ގޮތުގައިވާ. 2. ޔަގީން. ޝައްކެތް ނެތް. މ. ކޮންކްރީޓް ހެކި. concrete jungle އުސްޢިމާރާތްތައް ހިމެނޭ މީހުން ދިރިއުޅެން ގަނަތެޅެން ޖެހޭ ސަހަރެއްގެ ސިފަކުރުމެއް.
concreteކޮންކްރީޓް. ކ. 1. ކޮންކްރީޓު ވަށައިގެން ނުވަތަ މަތީގައި އެޅުން. 2. އެކަތިގަނޑަކަށް ވުން. ހަރުވުން.
concretionކޮންކްރީޝަން. ނ. ހަރު ގަދަ ތަރަގަނޑެއް.
concubineކޮންކިޔުބައިން. ނ. ބައެއް މުޖުތަމަޢުތަކުގައި ހުއްދަކުރާ، ނީދެ، ފިރިއަކާ ޖިންސީ ގުޅުން ހިންގާ އަންހެނެއް. މިފަދަ މީހެއްގެ އަނބީންނަށް ވުރެ މި މީހުންގެ ގަދަރު ދަށްކަމަށް ވެއެވެ.
concurކޮންކަރ. ކ. 1. ޚިޔާލު އެއްގޮތްވުން. 2. އެއް ފަހަރާ ކަންތައްތަކެއް ވުން. 3. ކަންތައްތައް ދިމާވުން.
concurrenceކޮންކަރަންސް. ނ. 1. އެއްބަސްވުން. މ. ޚިޔާލުތަކުގެ ކޮންކަރަންސް. 2. އެތައް ކަމެއް އެއްފަހަރާ ހިނގުން.
concurrentކޮންކަރަންޓް. ނއ. އެކުގައިވާ ނުވަތަ ހިނގާ (ކަންތައްތައް ނުވަތަ ހާދިސާތައް). ކއ. concurrently.
concussedކޮންކަސްޑް. ނއ. ކޮންކަޝަން އަކުން އަސަރުކޮށްފައި.
concussionކޮންކަޝަން. ނ. ޖެހިގެން ނުވަތަ ބާރަށް ތަޅުވައިގަނެގެން، ވަގުތީ ގޮތުން ސިކުނޑިއަށް ލިބޭ ގެއްލުން.
condemnކޮންޑެމް. ކ. 1. ކަމެއް އެއީ ވަރަށް ނުބައިކަމެއް ކަމަށް ހަރުކަށިކަމާއެކު ބުނުން. 2. ކުށްވެރިވެއްޖެ ކަމަށް ޙުކުމް ކުރުން. 3. އަދަބު ކަނޑައެޅުން. 4. ޢިމާރާތެއް ބޭނުންކުރަން އެކަށީގެންނުވާ ކަމަށް ކަނޑައެޅުން. ނ. condemnation. condemned cell މަރަށް ކަނޑައަޅައިފައިވާ ކުށްވެރިން ތިބޭ ކޮށި.
condemnatoryކޮންޑެމްނޭޓަރި. ނއ. ކުށްވެރިކުރާކަން ހާމަކުރާ.
condenseކޮންޑެންސް. ކ. 1. އެއްޗެއް ކުރުކޮށްލުން (މ. ދައްކާ ވާހަކައެއް، މަޒުމޫނެއް). 2. ދިޔައެއް އޮލަކުރުން، މ. ފެން މަދުކޮށްގެން ނުވަތަ ގިރުވި އެއްޗެއް ގިނަކޮށްގެން. 3. ގޭހެއް ދިޔައަކަށް ނުވަތަ ހަރު އެއްޗަކަށް ބަދަލުކުރުން (މ. ފިނިކޮށްގެން). ނ. condenser. ނ. condensation. condensed milk ކައްކައިގެން އޮލަކޮށް، ހަކުރުއަޅާފައި ހުންނަ ކިރު. ދަޅުގައި ހުންނަ ގެރިކިރު.
condescendކޮންޑިސެންޑް. ކ. މީހެއްގެ މަތިވެރިކަމާއި ޤަދަރުވެރިކަން ހާމަވާ ފަދަގޮތަކަށް ޢަމަލުކުރުން. އެހެން މީހުންނަށް ވުރެ މޮޅުކަމަށް ތިމާ ފެންނަ ގޮތަށް އުޅުން. ނ. condescension.
condimentކޮންޑިމަންޓް. ނ. ކާތަކެތީގެ ރަހަ މީރުކުރަން އަޅާ (މ. ލޮނާއި އަސޭ މިރުސް ފަދަ) ތަކެތި.
conditionކޮންޑިޝަން. ނ. 1. މީހަކު ނުވަތަ އެއްޗެއް ވާ ޙާލަތު. 2. ބައްޔެއް. މ. އޭނާގެ ހިތުގެ ކޮންޑިޝަން އެއް ހުރެއެވެ. 3. ކަމެއް ވުމުގެ ކުރިން ނުވަތަ ކުރުމުގެ ކުރިން ފުއްދަން ޖެހޭ ކަމެއް. އެއްބަސްވުމެއްގެ ދަށުން ކުރަންޖެހޭ ކަމެއް. ޝަރުޠެއް. 4. ރަނގަޅު ޞިއްޙަތު ނުވަތަ ޙާލަތު. މ. ކާރު މިހާރު އައުޓް އޮފް ކޮންޑިޝަން – ކާރު މިހާރު ހަލާކުވެފައެވެ. –ކ. 1. އެއްޗެއް އޭގެ ރަނގަޅު ޙާލަތަށް ގެނައުން ނުވަތަ އިޢާދަކުރުން. 2. ރަނގަޅު އަސަރެއް ކުރުން. 3. ތަމްރީނުކުރުން ނުވަތަ ފަރިތަވުން. ނ. conditioner. conditioned reflex/response ޤުދްރަތީ ގޮތުން ނޫންގޮތަށް، ކަމަކަށް ފަރިތަވުމުން ވާކަމެއް. މ. ފޮނި ކާއެއްޗެއް ފެނުމުން ކުޅުދިޔާވުން. conditions ބަޔަކު ދިރިއުޅެ، މަސައްކަތް ކުރާ އަދި އެހެން ކަންކަން ކުރާ ޙާލަތު. މ. މަސައްކަތް ކުރަންޖެހޭ ކޮންޑިޝަންތައް ރަނގަޅެއް ނޫނެވެ. on condition that ކަމެއް ވީނަމަ ނުވަތަ ކޮށްފިނަމަ ދެން (ކަމެއް ކުރުމަށް ކަނޑައަޅާ ޝަރުޠެއް).
conditionalކޮންޑިޝަނަލް. ނއ. ޝަރުޠުތަކެއްގެ މައްޗަށް ބަރޯސާކޮށް. ކއ. conditionally.
condoleކޮންޑޯލް. ކ. މީހަކު މަރުވުމާ ގުޅިގެން އޭނާގެ ޢާއިލާއާއި ރައްޓެހިންނަށް ހިތާމަ ފާޅުކުރުން. ތަޢުޒިޔާ ކިޔުން. ނ. condolence.
condomކޮންޑޮމް. ނ. ޖިމާޢުވުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ނުވަތަ ބަލިވެއިނިޔަ ނުދިނުމަށް ފިރިހެނުންގެ ޒަކަރަށް އަރުވާ އުރައެއް. ހުރަސް.
condoneކޮންޑޯން. ކ. ކުށެއް ކުރީމާ އަދަބެއް ނުދީ އެކަމަށް މަޢާފު ދިނުން ނުވަތަ އެކަމާ އަޅާނުލުން. ނ. condonation.
conduceކޮންޑިއުސް. ކ. އުފެއްދުމަށް ނުވަތަ ކުރުމަށް އެހީތެރިވުން.
conduciveކޮންޑޫސިވް. ނއ. ރަނގަޅު ކަމެއް ވުމަށް ނުވަތަ ކުރުމަށް އެހީތެރިވެދޭ ރަނގަޅު ޙާލަތްތަކެއް ފޯރުކޮށްދިނުން. މ. އޮފީހުގެ މަސައްކަތަށް ކޮންޑޫސިވް މާހައުލެއް ނުވެއެވެ.
conductކޮންޑަކްޓް. ކ. 1. މަގުދެއްކުން ނުވަތަ މުރުޝިދެއްގެ ގޮތުގައި މަސައްކަތް ކުރުން. މ. މާލެއަށް ޒިޔާރަތެއް ކޮންޑަކްޓް ކުރުން. 2. އޯކެސްޓްރާއެއް ފަދަ މިޔުޒިކީ ބައްދަލުވުމެއްގައި ކޮންޑަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރުން. 3. ހިންގުން ނުވަތަ އިރުޝާދު ދިނުން. މ. ވިޔަފާރިއެއް ހިންގުމަށް. 4. ހޫނާއި އަޑާއި ކަރަންޓާއި އަލި ފަދަ ތަކެތި އޭގެ ތެރެއިން ދަތުރުކުރުމުގެ ސިފަ ހުރުން. މ. ރަތުލޯއިން ކަރަންޓު ކޮންޑަކްޓް ކުރެއެވެ. conduct yourself ކަލޭ ނިޔަނެތިކޮށް އުޅޭށެވެ.
conductކޮންޑަކްޓް. ނ. 1. މީހެއްގެ އުޅުން. 2. ކަންތައްތައް ހިންގާ ހިންގުން ނުވަތަ ވަކި މިސްރާބަކަށް ގެންދާ ގެންދިއުން. މ. ކޮންޑަކްޓް އޮފް ވޯރ – ހަނގުރާމަ ކުރަމުންދާ ގޮތް.
conductionކޮންޑަކްޝަން. ނ. ހޫނު ނުވަތަ އިލެކްޓްރިސިޓީ ފަދަ އެއްޗެއް އެއް ތަނުން އަނެއް ތަނަށް ގެންދާ ގެންދިއުން.
conductorކޮންޑަކްޓަރ. ނ. 1. ގުރޫޕެއް ނުވަތަ ވިޔަފާރިއެއް ކޮންޑަކްޓް ކުރާ މީހާ. 2. އިޝަރާތުން އޯކެސްޓްރާ އެއް ނުވަތަ ކްވަޔަރ އެއް ކޮންޑަކްޓް ކުރާ މީހާ. 3. ބަހެއްގައި ޓިކެޓް ބުރި އެއްކުރާ މީހާ. 4. ހޫނު، އަލި ފަދަ ހަކަތަ އެއިގެތެރެއިން ދަތުރުުކުރާ އެއްޗެއް. މ. އެލްމިނިއަމް.
conductressކޮންޑަކްޓްރަސް. ނ. ބަހެއްގައި ޓިކެޓް ބުރި ޙަވާލުކުރަންޖެހޭ އަންހެން ކޮންޑަކްޓަރ.
conduitކޮންޑުއިޓް. ކޮންޑިޓް. ނ. 1. ދިޔާ ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ހުންނަ ކާނު ނުވަތަ ހޮޅި. 2. އިލެކްޓްރިކް ވައިރުގެ ދާފަރާ ރައްކާތެރި ކުރަން ނަރުލާ ހޮޅިއެއް ނުވަތަ ކާނެއް.
coneކޯން. ނ. 1. ޖަހާފައިވާ ފަންސުރެއްގެ ކޮޅުހެން، ވަށް ފަތާ ފުލަކުން ތުނޑަކަށް ހިމަވާ ގަނޑު އެއްޗެއް. ކޯރި. ގޮށި. 2. މި ސިފަޖަހާ އެއްޗެއް. 3. ފިތުރޯނުގަހުގެ އޮށްހެން، ބައެއް ގަސްގަހުގައި އަޅާ ހުޅުނބުތަކެއްހެން ބޭރު ހުންނަ މި ސިފައަށް ހުންނަ އޮށް.
coneyކޯނި. ނ. ކުޑަ މުސަޅެއް. އަންނައުނު ހެދުމަށް ބޭނުންކުރާ މުސަޅުގެ ހަންގަނޑު ނުވަތަ ކެހެރި.
confabކޮންފެބް. ނ. ނުރަސްމީ ބަހުރުވައިން އަނގަތަޅާލުމެއް.
confectionކޮންފެކްޝަން. ނ. އެކިތަކެތި އެއްކޮށްގެން ހަދާ ކާނާ، ޚާއްޞަކޮށް ފޮނި އެއްޗެތި. މ. މެޓާ.
confectionerކޮންފެކްޝަނަރ. ނ. ފޮނި ކާތަކެތި، މ. މެޓާ، ޗޮކްލެޓް، ހަލުވާ، ވިއްކާ ނުވަތަ އުފައްދާ މީހާ.
confectioneryކޮންފެކްޝަނަރީ. ނ. ހަދައިފައި ހުންނަ ފޮނިކާތަކެތި މ. ކޭކު، ހަލުވާ، މެޓާ، ޗޮކްލެޓް.
confederacyކޮންފެޑެރަސި. ނ. ޤައުމުތަކުގެ އިއްތިހާދެއް ނުވަތަ ގުޅުމެއް. ޔޫ.އެސް. ގެ އަހުލީ ހަނގުރާމައިގައި އަޅުން ގެންގުޅުން ހުއްދަކުރަން އެއްބައިވި އެ ތަނުގެ ސްޓޭޓްތައް. ވިޔަފާރިއަށްޓަކައި ނުވަތަ ސިޔާސީ ސަބަބުތަކަށްޓަކައި އެއްވާ ގުރޫޕެއްގެ މީހުން ނުވަތަ ޤައުމުތައް.
confederateކޮންފެޑެރޭޓް. ނއ. އެއްބަސްވުމެއް ނުވަތަ މުޢާހަދާއަކުން ގުޅިފައިވާ. ނ. 1. ޔޫ.އެސް. ގެ އަހުލީ ހަނގުރާމައިގައި އަޅުންގެންގުޅެން ތާއީދުކޮށް ބައިވެރިވި ހަނގުރާމަވެރިއެއް. 2. ސިއްރު ނުވަތަ ޤާނޫނާ ޚިލާފުކަމެއް ކުރުމުގައި ތިބާއާ ބައިވެރިވާ މީހެއް.
confederatedކޮންފެޑެރޭޓިޑް. ނއ. އެއްބަސްވުމެއް ނުވަތަ މުޢާހަދާއަކުން ގުޅިފައިވާ.
confederationކޮންފެޑެރޭޝަން. ނ. 1. ޤައުމުތަކުގެ ނުވަތަ މީހުންގެ އިއްތިހާދެއް. 2. ކޮންފެޑެރަސީ މުޢާހަދާއެއް ގައި ބައިވެރިވާ ބައިވެރިވުން.
conferކޮންފަރ. ކ. 1. އިނާމެއް ނުވަތަ ސަނަދެއް ދިނުން 2. މަޝްވަރާއެއް ނުވަތަ ޖަލްސާއެއް ބޭއްވުން.
conferenceކޮންފަރަންސް. ނ. މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް.
confermentކޮންފަރމަންޓް. ނ. އިނާމެއް ނުވަތަ ލަޤަބެއް ފަދަ އެއްޗެއް ދޭ ދިނުން.
conferrableކޮންފަރަބްލް. ނއ. ކޮންފަރ ކުރެވޭ (ޤާބިލްކަން ހުރުން).
confessކޮންފެސް. ކ. 1. ކުށަކަށް އެއްބަސްވުން ނުވަތަ އިޢުތިރާފުވުން ނުވަތަ އިޤްރާރުވުން. ނިކަމެތިކަމެއް ވާކަމަށް ބުނުން. 2. މީހެއްގެ ޚިޔާލު ނުވަތަ ދެކޭގޮތް ނުބުނެހުރެބުނުން. މ. I must confess that I am puzzled. އަހަރެން އާސޯޚްވީމަކަށް އަހުރެން ކޮންފެސް ވާން ޖެހެއެވެ. 3. ނަޞާރާދީނުގެ މީހުން ފާފަތައް ފާދިރީންނަށް ކިޔައިދިނުން. 4. ފާދިރީއެއް ފާފަތައް އަޑުއެހުން. ކއ. confessedly އަމިއްލަ އިޢުތިރާފުން.
confessionކޮންފެޝަން. ނ. ކޮންފެސް ކުރާ ކުރުން. 2. ކޮންފެސްކުރި ކަން. މީހާގެ ކުށްތައް ލިޔެފައިވާ ބަޔާން. 3. މީހެއްގެ ދީނީ ޢަޤީދާތައް ނުވަތަ އަމިއްލަ ހަމަތައް ހާމަކުރުން.
confessionalކޮންފެޝަނަލް. ނ. ނަޞާރާދީނުގެ މީހުން ފާދިރީގެ ކައިރީގައި އެމީހުން ކުރި ކުށްތަކުގެ ވާހަކަ ކިޔައިދޭން އިންނަން ފައްޅީގައި ހުންނަ ފޮށްޓެއް.
confessorކޮންފެސަރ. ނ. 1. މީހުން ކޮށްފައިވާ ފާފަތަކުގެ ވާހަކަ އަޑުއަހަން އަދި އިރުޝާދު ދޭން ކޮންފެޝަަނަލް އެއްގައި އިންނަ ފާދިރީ. 2. އެކަމުން ނުރައްކައުތައް ދިމާވި ކަމުގައި ވިއަސް ނަޞާރާދީނަށް އުޅޭ މީހާ.
confettiކޮންފެޓި. ނ. ހުޅަނގުގެ ކައިވެނީގެ ރަސްމިއްޔާތު ނިމުމުން ކާވެނިކުރި ދެމީހުންގެ ގަޔަށް އުކާ އެކިކުލައިގެ ކަރުދާސްކޮޅުތައް ނުވަތަ މަލުގެ ފިޔަތައް.
confidantކޮންފިޑާންޓް. ނ. އިތުބާރުކޮށް އަމިއްލަ ސިއްރުތައް އެމީހަކަށް ކިޔައިދޭ ފިރިހެނާ. confidante އަންހެން ކޮންފިޑާންޓް އެއް.
confideކޮންފައިޑް. ކ. އިތުބާރުކޮށް މީހަކަށް ސިއްރުތައް ކިޔާދިނުން. 2. އިތުބާރުކުރުން.
confidenceކޮންފިޑެންސް. ނ. 1. ނަފުސުގެ މައްޗަށް އޮންނަ އިޢުތިމާދު ނުވަތަ އިތުބާރު. 2. ކެރުމާއި އަމިއްލަ ނަފުސަށް އިތުބާރުކުރުމާއި ޔަޤީންކަމުގެ އިޙްސާސް. 3. ސިއްރުން ކިޔައިދިން ވާހަކައެއް. confidence man މީހުންނަށް ކޮންފިޑެންސް ޓްރިކް އެއް ބޭނުންކޮށްގެން މަކަރު ހަދާ މީހާ. confidence trick މާ ތެދުވެރިމީހަކަށް ވެގެން މީހެއްގެ އަގުހުރި ތަކެތި ދަމައިގަތުމަށް ހަދާ މަކަރު. in confidence ސިއްރެއްގެ ގޮތުގައި. in a person’s confidence އިތުބާރުކޮށް ސިއްރުތައް ކިޔައިދޭ.
confidentކޮންފިޑަންޓް. ނއ. އަމިއްލަ ނަފުސަށް ޔަޤީންކަން އޮތް. ކެރޭ. ކއ. confidently.
confidentialކޮންފިޑެންޝަލް. ނއ. 1. ސިއްރުކުރަންޖެހޭ. އިތުބާރުކޮށް ބުނެ ނުވަތަ ކިޔައިދީފައިވާ. 2. ސިއްރުތައް އިތުބާރުކޮށް ކިޔައިދޭ. މ. ކޮންފިޑެންޝަލް ސެކްރެޓަރީ – ކާތިބުއްސިއްރު. 3. ސިއްރުވެރިކޮށް. 4. ސިއްރު (ޚާއްޞަކޮށް ވިޔަފާރީގައި ނުވަތަ ހަނގުރާމައިގައި)
configurationކޮންފިގަރޭޝަން. ނ. އެއްޗެއް ރާވާފައި ނުވަތަ އަތުރާފައިވާ ގޮތް.
configureކޮންފިގަރ. ކ. ވަކި ކަމެއް ކުރުމަށް އެއްޗެއް ވަކި ގޮތަކަށް ހަމަޖެއްސުން ނުވަތަ ވަކިގޮތަކަށް ރޭވުން. މ. ކޮމްޕިއުޓަރެއް.
confineކޮންފައިން. ކ. 1. ހުދޫދެއްގެ (އިމެއްގެ) ތެރޭގައި ހިފެހެއްޓުން ނުވަތަ ބެހެއްޓުން. 2. ތަޅުލައިގެން ނުވަތަ ހިފެހެއްޓުމެއްގައި ގެންގުޅުން. މ. ކުށްވެރިޔާ ގޮޅީގައި ކޮންފައިން ކުރުން. ބަލިމީހަކު އެނދުމަތީގައި ކޮންފައިން ވުން.
confinedކޮންފައިންޑް. (ކިޔާނީ ނޫނު ފާޅުކޮށް) ނއ. ހަނި. ދަތި. ތަނަވަސްކަން ކުޑަ. މ. ކޮންފައިންޑް ޖާގައެއް.
confinementކޮންފައިންމަންޓް. ނ. 1. ކޮންމެވެސް ހައްޔަރެއްގައިވުން. 2. ވިހާ ވަގުތު.
confinesކޮންފައިންސް. ނ. 1. ސަރަޙައްދެއްގެ އިން ނުވަތަ ހުދޫދު.
confirmކޮންފާރމް. ކ. 1. ސުބޫތުކުރުން. ކަމެއް ތެދުކަމަށް ނުވަތަ ރަނގަޅުކަމަށް ހެކި ދެއްކުން. ސާބިތުކުރުން، ތަޞްދީޤުކުރުން. ތައުކީދުކުރުން. 2. އިތުރަށް ޔަޤީންވުން ނުވަތަ ހަރުދަނާވުން. 3. ކަށަވަރުކުރުން. މ. ފޯނުން ޓިކެޓް ލިޔުއްވިއަސް ފަހުން އޮފީހަށް އައިސް ޓިކެޓް ކޮންފާރމް ކުރަންވާނެއެވެ. 4. ވަކި ފަައްޅިއެއްގެ މީހެއްކަމަށް ކަނޑައެޅުން. ނއ. confirmed ވަކި އާދައެއް ނުވަތަ ގޮތެއްގައި ހަރުލައިފައިވާ. މ. ކޮންފާރމްޑް ހުސްހަށިބައި މީހެއް – މީހަކާ ނުއިންނަން ކަނޑައަޅައިގެން ހުރި މީހެއް.
confirmationކޮންފަރމެއިޝަން. ނ. 1. ކޮންފާރމް ކުރާ. މ. ވަކި ކަމެއް ތެދުކަމަށް ބުނާ ލިޔުމެއް ނުވަތަ އެހެން އެއްޗެއް. 2. ކަމެއް ތެދުކަމަށް ކަނޑައަޅަން ނުވަތަ މީހަކު ކަމަކަށް އެކަށީގެންވާކަމަށް ނިންމަން ބާއްވާ ބައްދަލުވުމެއް. 3. ނަޞާރާދީނުގެ ވަކި ފައްޅިއަކަށް ނިސްބަތްވާ މީހެއްކަން ކަނޑަައަޅާ ރަސްމިިއްޔާތެއް.
confirmatoryކޮންފަރމޭޓަރި. ނއ. ކަމެއް ސާބިތުކޮށްދޭ. މ. ކޮންފަރމޭޓަރީ ހެކި. ކަމެއްގެ ހެކީގެ މައްޗަށް ހޯދާ ހެކި.
confiscateކޮންފިސްކެއިޓް. ކ. 1. ވެރިކަމުގެ ފަރާތުން އަތުލުން. ގިނަ ފަހަރު މިކަން ކުރަނީ މުއްދަތަކަށް، އަދަބެއްގެ ގޮތުންނެވެ. 2. މީހެއްގެ އަމިއްލަ ތަކެތި ވެރިކަމުގެ ފަރާތުން ރަސްމީކޮށް އަތުުލުން.
conflagrationކޮންފްލެގްރެއިޝަން. ނ. ވަރަށް ބޮޑަށް ގެއްލުން ލިބޭ ބޮޑު އަލިފާން ރޯވުމެއް.
conflictކޮންފްލިކްޓް. ނ. 1. ތަޅާފޮޅުމެއް. ހަނގުރާމައެއް. ދެކޮޅުވެރިކަމެއް. 2. ޤަބޫލުކުރުންތަކާއި ޚިޔާލުތައް ތަފާތު ދެބައެއްގެ ދެމެދުގައި ހިނގާ ދެބަސްވުމެއް.
conflictކޮންފްލިކްޓް. ކ. ދެކޮޅުވެރިކަމެއްގައި ނުވަތަ ދެބަސްވުމެއްގައި ވުން.
confluenceކޮންފްލުއަންސް. ނ. 1. ދެކޯރު އެކުވެ އެއް ކޯރެއްގެ ގޮތުގައި ހިނގަންފަށާތަން. 2. ދެކަމެއް އެއްވާ ޙާލަތެއް.
conformކޮންފޯރމް. ކ. ޢާއްމު އާދަކާދަތަކާއި ގަވާއިދުތަކާ އެއްގޮތަށް އުޅުން ނުވަތަ ކަންތައްތައް ކުރުން. އުޞޫލްތަކާ ހަމަތަކާ އެއްގޮތަށް ޢަމަލުކުރުން.
conformationކޮންފޮރމެއިޝަން. ނ. 1. އެއްޗެއް އުފެދިފައިވާ ގޮތް. އެއްޗެއްގެ އެކުލެވުން. މ. ޖަނަވާރުތައް ކޮންފޮރމެއިޝަނަށް ބަލައި ގިންތިކުރުން. 2. ކޮންފޯމް ކުރުން.
conformistކޮންފޯރމިސްޓް. ނ. ފަސްޖެހުމެއް ނެތި ތަނެއްގެ އާދަކާދަތަކާ ގަވާއިދުތަކަށް އުޅޭ މީހާ.
conformityކޮންފޯރމިޓީ. ނ. ތަނެއްގެ ގަވާއިދުތަކާއި މިޢުޔާރުތަކާ އެއްގޮތަށް ބަހައްޓާ އުޅުން. in conformity with ހަމަތަކަކާ އެއްގޮތަށް.
confoundކޮންފައުންޑް. ކ. ހާލަތެއް ހައްލުކުރަން ނުވަތަ އޮޅުން ނުފިލާވަރަށް ބުއްދިއޮޅި އާސޯޚްވުން.
confoundedކޮންފައުންޑިޑް. ނ. ރުޅިއައިސްފައިވާ ކަން އަންގަން ބޭނުންކުރާ ލަފުޒެއް. މ. މިއީ ކިހާ ކޮންފައުންޑިޑް އުނދަގުލެއް!
confrontކޮންފްރަންޓް. ނ. 1. ކުރިމަތިވުން. މ. އަހުރެމެންނާ ކޮންފްރަންޓްވީ މައްސަލަތައް. 2. ދެކޮޅުވެރިކަމުގައި ނުވަތަ ގޮތްދޫނުކުރަން ކެރުމާއެކީ ކުރިމަތިލުން. 3. މޫނާ މޫނު ދިމާވާގޮތަށް ކުރިމަތިލުން. އޭނާ ވަގަށް ނެގި ތަކެއްޗާ އެކު އަހުރުމެން އޭނާ އާ ކޮންފްރޮންޓް ކުރީމެވެ. ނ. ކޮންފްރަންޓޭޝަން. confrontation.
Confucianismކޮންފިޔުޝަނިޒަމް. ނ. ޗައިންގެ ޤަދީމީ ފަލްސަފާވެރިއަކު ކަނޑައެޅި ދީނާއި ދުނިޔެއުޅުމާ ބެހޭ ނިޒާމެއް. ނ. ނއ. Confucian.
confuseކޮންފިއުޒް. ކ. 1. ތަރުތީބު ގެއްލުވައިލުން. މަސްހުނިވުން. 2. މީހެއްގެ ފިކުރު ނުވަތަ އިޙްސާސްތައް ހަމައިން ނައްޓާލުން. މީހެއްގެ ފިކުރުގެ ހަމަހިމޭންކަން ނަގައިލުން. 3. ބުއްދި އޮޅުން. އެކި އެއްޗެތީގެ ތަފާތު ދެނެގަންނަން ދަތިވުން. 4. މައްސަލައެއް ނުސާފުކޮށްލުން. ނ. confusion،
confusedކޮންފިއުޒްޑް. ނއ. 1. އެއްޗެއް އޮޅުން ނުފިލާ އަދި ސާފުކޮށް ވިސްނަން ދަތިވެފައި. ބުއްދިގޯސްވެފައިވާ. 2. ސާފުނޫންކަމުން ދޭހަކުރަން އުނދަގޫ.
confuteކޮންފިއުޓް. ކ. މީހެއް ނުވަތަ ޖަދަލެއް ގޯސްކަމަށް ސުބޫތުކުރުން (ސަބަބު ދެއްކުން). ނ. confutation.
congaކޮންގާ. ނ. ކޮންމެ މީހަކު ކުރިއަށް ހުރި މީހާގެ އުނަގަނޑުގައި ހިފަހައްޓައިގެން ދިގު ސަފެއް ހަދާ ދެކުނު އެމެރިކާގެ ނެށުމެއް.
congealކޮންޖީލް. ކނ. ދިޔައަކަށް ވުމުގެ ބަދަލުގައި އޮލަވެ ކޮންމެވެސް ވަރަކަށް ގަނޑުވުން. ނ. congelation.
congenialކޮންޖީނިއަލް. ނއ. 1. އުޅުމާއި ރުހޭ ކަންތައްތައް އެއްގޮތްވީތީ ހިތްގައިމު. މ. ކޮންޖީނިއަލް ރައްޓެއްސެއް. 2. މީހެއްގެ ޠަބީޢަތާ ގުޅޭ. މ. ކ. ކޮންޖީނިއަލް މޫސުމެއް.
congenitalކޮންޖެނިޓަލް. ނއ. 1. އުފަންވީންސުރެ ހިމެނޭ. މ.ކޮންޖެނިޓަލް އުނިކަމެއް. 2. ވިހޭއްސުުރެ ހުންނަ ގޮތެއް. މ. ކޮންޖެނިޓަލް ސޭކެއް. ކޮންޖެނިޓަލް ދޮގުވެރިއެއް. ކއ. congenitally.
congerކޮންގަރ. ނ. ކަނޑުގައި އުޅޭ ބޮޑު ވެނެއް.
congestedކޮންޖެސްޓިޑް. ނއ. 1. ތަކެތި ގިނަވުމުގެ ސަބަބުން އުނދަގޫ. ގިނަވެގެން ފިތިބާރު ވެފައިވާ. މުޒްދަހަމް. 2. ޓްރެފިކް ގިނަކަމުން ހިނގާބިނގާވާން އުނދަގޫ. 3. ނޭފަތު ހޮޅިއެއް އަރުދަފުހުން ބެދިގެން ނޭވާލާން އުނދަގޫ. 4. ހަށިގަނޑުގެ ކޮންމެވެސް ގުނަވަނެއް ނުވަތަ އެހެންވެސް ބައެއް ލެއިން ނުވަތަ އެހެން އެއްޗަކުން ފުރިފައިވާ.
congestionކޮންޖެޝަން. ކޮންޖެސްޗަން. ނ. ކޮންޖެސްޓް ވެފައިވާ ޙާލަތެއް.
conglomerateކޮންގްލަމަރެޓް. ކޮންގްލާމަރޭޓް. ނއ. އެކަތިގަޑަކަށް ވެފައިވާ. އެއްވެފައިވާ. –ނ. 1. ކުރިން ވަކިން ހުރި އެކަތިގަނޑަކަށް ވެފައިވާ އެއްޗެއް. 2. ކުދި ކުންފުނިތައް އެއްވެގެން އުފެދިފައިވާ ބޮޑު ކުންފުންޏެއް.
conglomerationކޮންގްލަމަރެއިޝަން. ނ. ބައިވަރު ތަކެތިތަކެއް (ތަރުތީބެއް ނެތި ހުތުރުކޮށް) އެކުވެފައިވާ ނުވަތަ އެއްކުރެވިފައިވާ ފުންޏެއް. މ. މަތާރަންފިލާ މަތީގައި އެއްޗެތިތަކެއްގެ ކޮންގްލަމަރެއިޝަން އެއް ހުއްޓެވެ.
Congoކޮންގޯ. ނ. ދެކުނު އެފްރިކާގެ ރަށެއް. ނއ. ނ. Congolese.
congratulateކޮންގްރޭޖުލެއިޓް. ކ. މީހެއްގެ ހެޔޮ ނަޞީބު ނުވަތަ މޮޅު ކާމިޔާބާ ދޭތެރޭ އުފާކުރާކަން އޭނާގެ ކައިރީގައި ބުނެ ސަނާ ކިޔުން. ހަނާކިޔުން. މުބާރިކްބާދީ ކިިޔުން. ތަހްނިޔާ ކިޔުން. ނ. congratulation.
congratulatoryކޮންގްރޭޖުލެއިޓަރި. ނއ. ތަހުނިޔާ ކިޔާ. މުބާރިކްބާދީ ކިޔުމާބެހޭ. މ. މެސެޖެއް.
congregateކޮންގްރިގެއިޓް. ކ. މީހުން، ދޫނި ނުވަތަ އެހެންވެސް ތަކެތި އެއްތަނަކަށް އައުން.
congregationކޮންގްރިގެއިޝަން. ނ. ދީނީ އަޅުކަމަކަށް ފައްޅިއެއް ފަދަ ތަނަކަށް އެއްވެފައިވާ ޖަމާޢަތެއް.
congressކޮންގްރެސް. ނ. 1. މަޝްވަރާއަށްޓަކައި މަންދޫބުންގެ ރަސްމީ ބައްދަލުވުމެއް. 2. ޔޫ.އެސް. ނުވަތަ އެހެން ބައެއް ޤައުމުގައި ޤާނޫނު ހަދާ މަޖިލިސް. ނއ. congressional.
conicކޮނިކް. cone އެއްގެ. މ. ކޯން އެއްގެ ބައެއް.
conicalކޮނިކަލް. ނއ. ކޯން އަށް ނިސްބަތްވާ. ކޯން އަކާ ވައްތަރު.
coniferކޮނިފަރ. ނ. ކޯން އަޅާ ފިތުުރޯނު ގަސްފަދަ ގަސް. މިފަދަ ގަހުގައި ފަތްތައް ހުންނަނީ އިލޮށިހެން ނަމަވެސް ވަރަށް ކުރުކޮށެވެ.
coniferousކޮނިފަރަސް. ނއ. ކޯން އަޅާ (މ. ފިތުރޯނު).
conjecturalކޮންޖެކްޗަރަލް. ނއ. ހީކުރާގޮތުގައި. ހީއަކަށް.
conjectureކޮންޖެކްޗަރ. ނ. ހެއްކެއް ނެތި ފެންނަ ފެނުމަށް ބަލާ ބުނާ ހީކުރުމެއް. ކަށަވަރުކަމެއްނެތި ހިތަށްއަރާ އެއްޗެހި.
conjugalކޮންޖޫގަލް. ނއ. ކައިވެންޏާ ބެހޭ. ދެމަފިރިންގެ ދޭތެރޭ އޮންނަ ގުޅުމާ ބެހޭ. ޒަވާޖީ.
conjugateކޮންޖުގެއިޓް. ކ. އިނގިރޭސި ބަހުގައި ކަމުގެ ލަފުޒުތައް އެކި ޒަމާނަށާއި އިޝާރާތްކުރާ ޢަދަދުގެ ގޮތުން ފަދަ ކަންކަމުން ބަދަލުވެއް. މި ގޮތަށް ބަދަލުވާ ކަމުގެ ލަފުޒުތައް ބުނުން. މ. get ބަދަލުވާ އެއްގޮތަކީ gets އެވެ. މިއީ އެ ލަފުޒުގެ ކޮންޖުގެއިޓް އެކެވެ. ނ. conjugation.
conjunctionކޮންޖަންކްޝަން. ނ. 1. އިނގިރޭސި ބަހުގެ މައިގަނޑު ބައިތަކުން ބައެއް. މި ބައިގައި ހިމެނެނީ ދެ އިބާރާތެއް ގުޅުވައިދޭ ލަފުޒެކެވެ. މ. and – އަދި. 2. ގުޅުމެއް. މ. ހަތަރު ޤައުމުވަނީ ކޮންޖަންކްޝަން އެއްގައެވެ. 3. ކަންކަން، ހާދިސާތައް އެއް ވަގުތަކުވާ ވުން. 4. ލޮލަށް ފެންނަ ފެނުމުގައި ކާއިނާތުގައިވާ ބައެއް ތަކެތި އެއް ދަނޑިއަކަށް އަންނަ އައުން. މ. ހަނދުކޭތަ ހިފަނީ އިރާއި ހަނދާއި ދުނިޔެ ކޮންޖަންކްޝަން އަކަށް އައުމުންނެވެ.
conjunctivitisކޮންޖަންކްޓިވައިޓިސް. ނ. ލޮލުގެ މަތީ ސަޠޙަ އާއި މަތީބޮނޑީގެ އެތެރެ ދުޅަވެ، ތަދުވާ ގައިން ގަޔަަށް އަރާ ބައްޔެއް. ލޮލުރޯގާ.
conjureކަންޖާރ. ކަންޖުއަރ. ކ. 1. ޚާއްޞަކޮށް އަތް ބޭނުންކޮށްގެން ޖާދޫ ހެދުން. 2. ރޫޙެއް އަންނަ ގޮތް ހެދުން. 3. އެއްވެސް އެއްޗެއް ނެތި އުފެއްދުން. މ. އޭނާ ކުޑައިރުކޮޅެއްގެ ތެރޭގައި މުއްސަނދި ސުފުރާއެއް ކަންޖާރ ކޮށްފިއެވެ. 4. ޚިޔާލަށް އައުން. މ. މާލެ އޭ ބުނުމުން ކަންޖާރވަނީ ކުނިބުނިން ފުރިފައިވާ ކާރޫބާރޫ ބޮޑު ކޮންކްރީޓް ޖައްގައްޔެކެވެ. a name to conjure with ވަރަށް މުހިއްމު ނަމެއް.
conjurorކަންޖަރަރ. ނ. މުނިފޫހިފިލުވަން ޖާދޫ ހަދައިދޭ މީހެއް.
conkކޮންކް. ނ. ނުރަސްމީ ބަހުރުވައިން ނޭފަތް ނުވަތަ ބޯ. –ކ. ބޮލުގައި ޖެހުން. conk out މެޝިނެއް ހަލާކުވުން. މީހަކު ނަމަ، ވަރުބަލިވެެގެން ހޭނެތުން ނުވަތަ ކުރަމުން އައި ކަމެއް ދޫކޮށްލުން. މަރުވުން.
conkerކޮންކަރ. ކ. ނުރަސްމީ ބަހުރުވައިން ހޯސްޗެސްޓްނަޓް ގަހުގެ މޭވާ/މަދު. conkers ވައުކޮޅެއް މީގެ އެއްޗެއްގައި ހަރުކޮށްގެން ކުޑަކުދިން ކުޅޭ ކުޅިވަރެއް.
Conn.ކޮން. ނ. ކުރުކޮށް ކަނެކްޓިކަޓް.
connectކަނެކްޓް. ކ. 1. ގުޅުވުން ނުވަތަ ގުޅިގެންވާ ގޮތް ހެދުން. 2. ދަތުރެއްގެ ދެވަނަ ބައެއް ކުރިއަށް ގެންދިއުމަށް، ފުރާދުއްވާ އެއްޗެއްގެ ދަތުރު، ޖެހިގެން ފުރާ އެތިން ދެވޭ ގޮތަށް ވަގުތު ކަނޑައެޅުން. 3. ދެ ފޯނެއް ގުޅޭ ވާހަކަ ދެކެވޭ ގޮތަށް ގުޅޭގޮތް ހެދުން. 4. އެކައްޗެއް ފެނުމުން އަނެއް އެއްޗެއްގެ މަތިން ވިސްނުން. މ. މުޙައްމަދު ފެންނަ އިރަށް އަހުރެންނަށް ކަނެކްޓް ކުރެވެނީ އަޙްމަދާ.
connecterކަނެކްޓަރ. ނ. އެއްޗެހި ގުޅުވައިދޭ މީހެއް.
Connecticutކަނެކްޓިކަޓް. ނ. ޔޫ.އެސް. ގެ ސްޓޭޓް އެއް.
connectionކަނެކްޝަން. ނ. 1. ގުޅިފައިވާ ގުޅުން. 2. ދެތިން އެއްޗެއް ގުޅޭ ތަނެއް. ގުޅޭ އެތި. ސިލާ. 3. ރޭލެއް ނުވަތަ މަތިންދާބޯޓެއްގެ ފަސިންޖަރުން އެހެން އެއްޗަކަށް އެރޭހާ ވަގުތު އޮންނަ ގޮތަށް ދަތުރުކުރާ ރޭލު ނުވަތަ މަތިންދާބޯޓު. 4. ދެމީހެއްގެ ދެމެދުގައިވާ ގުޅުން. 5. ތިމާގެ ކަމުން ނުވަތަ ކާވެނިން ގުޅިފައިވާ މީހެއް. 6. ވިޔަފާރިއެއްގެ ކަސްޓަމަރުން. in this connection ނުވަތަ in connection with this މިކަމާ ނުވަތަ މި މައުޟޫޢު އާ ގުޅިގެން.
connectiveކަނެކްޓިވް. ނއ. ގުޅުވާ. ހިފަހައްޓާ. މ. ހަށިގަނޑުގެ އެކި ގުނަވަންތައް ހުންނަ ތަންތަނުގައި ބެހެއްޓުމަށް ހުންނަ ނަރުބާވަތުގެ ވަރުގަދަކަމެއް ހުންނަ ކަނެކްޓިވް ޓިޝޫ.
connectorކަނެކްޓަރ. ނ. ދެ އެއްޗެއް ގުޅުވާ އެތި. މ. އިލެކްޓްރިކް ނަރު ގުޅުވަން ބޭނުން ކުރާ އެތި.
conning-towerކޮނިން-ޓަވަރ. ނ. ސަމްބެރިން އެއްގައި ޕެރިސްކޯޕް ހުންނަ އުސްކޮށް ހުންނަ ބައި.
conniveކޮނައިވް. ކ. 1.އަމިއްލަ ފައިދާ ތަކެއް ލިބިދާނެ ރަނގަޅު ނޫން ކަމެއް ކުރަން ސިއްރުން މަކަރުން ރޭވުން. 2. އެކަން ތިމާއަށް އެނގޭއިރު ވެސް ނުރަނގަޅު ކަމެއް ވިޔަދިނުން. ނ. connivance.
connoisseurކޮނޮސާ. ނ. މީހަކު ގަޔާވާ (ކެއުން، ބުޔުން، ކުރެހުން ފަދަ) ފަންނީ ދާއިރާއެއްގެ މަޢުލޫމާތު ވަރަށް އެނގޭ އަދި އޭނާ މާހިރު ދާއިރާއިން ތަކެތީގެ މޮޅުދެރަ ދަންނަ މީހެއް.
connoteކޮނޯޓް. ކ. ލަފުޒެއްގެ އަޞްލު މާނައިގެ އިތުރަށް އެއިން އެހެން މާނައަކަށް އިޝާރާތްކުރުން ނުވަތަ ދޭހަވުން. މ. ”ތިއީ ވަރަށް ހެއްވާ ކަމެއް“ މި ޖުމުލައިގެ އަޞްލު މާނައަކީ ހިނިއަންނަ ކަމެއް ކަމަށް ވިއަސް ބުނާ ގޮތުންނާއި ޙާލަތުން ”ހަމަނުޖެހޭ ނުވަތަ މޮޔަ“ ކަމެއް ކަމަށް އިޝާރާތްކޮށްފާނެއެވެ.
connubialކޮނިއުބިއަލް. ނއ. ކައިވެންޏާ ގުޅޭ. ދެމަފިރިއެއްގެ ގުޅުމާ ބެހޭ. ޒަވާޖީ.
conoidކޯނޮއިޑް. ކއ. ކޯނެއްގެ ސިފަޖަހާ. އެތެރެ ފުރިފައި ހުރި ކަރުދާސް ގޮއްޓެއް ނުވަތަ ދޯރިއެއްގެ ސިފަޖަހާ.
conquerކޮންކަރ. ކ. 1. ހަނގުރާމައެއްގައި ކާމިޔާބު ލިބުން. އިދިކޮޅު ފަރާތް ހަނގުރާމައެއްގައި ބަލިކުރުން. ފަތަޙަކުރުން. 2. މަސައްކަތުން ކާމިޔާބު ހޯދުން. މ. ހިމާލިޔާ ފަރުބަދަ ކޮންކަރ ކޮށްފީމެވެ – އެ ފަރުބަދައަށް އަރައިފީމެވެ. ނ. conqueror ފަތަޙަކުރާ މީހާ. ފާތިޙް.
conquestކޮންކްއެސްޓް. ނ. 1. ފަތަޙަކުރާ ކުރުން. 2. ފަތަޙަކޮށް ގެން ހޯދާ އެއްޗެއް.
consanguinityކޮންސެންގްވިނިޓީ. ނ. ލޭގެ ސަބަބުން ގުޅިފައިވާ ގުޅުން. މ. ކޮންސެންގްވިނިޓީގެ ގޮތުން ގާތް މީހުން ކާވެނިކުރުމުން ބަލި އިތުރުވެއެވެ. ނއ. consanguineous .
conscienceކޮންޝަންސް. ނ. 1. މީހަކު ކުރާ ކަމެއްގެ ނުވަތަ އެކަމެއްގެ މަޤްޞަދުގެ ރަނގަޅާއި ނުބައި ދެނެގަންނަ ފިކުރު. ޒަމީރު. 2. ކަމެއް ކުރުމަށް ފަހު ވާ ދެރައިގެ އިޙްސާސް. މ. އޭނާ ވަރިކުރާކަށް އަހަރެންގެ ކޮންޝަންސް އެއް ނެތެވެ. (ފަހުން ދެރައެއް ނުވާނެއެވެ). conscience clause މީހާގެ ޒަމީރު އެކަމަކީ ކޮށްގެން ނުވާނެ ކަމެއް ކަމަށް ބަލާނަަމަ، ނުކުރުމުގެ އިޚްތިޔާރު ދޭގޮތަށް ބައެއް ވާއިދުތަކުގައި ހިމެނޭ މާއްދާއެއް. conscience money މީހެއްގެ ޒަމީރަށް އުނދަގޫވެގެން ދައްކާ ފައިސާ (ކުރިން ފައިސާ ނުދައްކާ ހުރެފައި ނުވަތަ ބަޔަކަށް ގެއްލުމެއް ދީފައި). conscience-stricken ކުރެވިފައިވާ ކަމަކާ ގުޅިގެން ދެރަވެފައި. on one’s conscience ކުރެވިފައިވާ ކަމަކާ ގުޅިގެން ދެރަވެ ހިތާމަކުރާ.
conscientiousކޮންޝިއެންސަސް. ނއ. ކަމެއް ކުރުމުގައި ވަރަށް ފަރުވާތެރިވެ ސަމާލުކަންދީ. ކަމެއް ކުރުމަށް ވަރަށް ފަރުވާތެރި. ކއ. conscientiously. ނ. conscientiousness. ނ. conscientious objector ޒަމީރުދެކޭ ގޮތުން އެއީ ނުރަނގަޅު ކަމަކަށް ވާތީ، ކަމެއް ކުރުމަށް އިންކާރު ކުރާ މީހާ (ޚާއްޞަކޮށް ހަނގުރާމައެއްގައި ބައިވެރިވުމަށް).
consciousކޮންޝަސް. ކޯންޝަސް ނއ. 1. ހޭހުރި. ފިކުރުގެ ބައިތައް ހޭލާހުރި. ވާނުވާ، އޮތް ވެށި އެނގޭ. 2. ވާނުވާ އެނގޭ. ހޭލުންތެރި. 3. ތިމާއަށް އެނގިހުރެ. މ. ކޮންޝަސް އިންސަލްޓް އަކީ އެނގިހުރެގެން އަނެކާއަށް އިހާނަތްތެރިކޮށް ހިތުމެވެ. ކއ. consciously. ނ. consciousness.
conscriptކޮންސްކްރިޕްޓް. ކ. (ރައްޔިތުންގެ މީހެއް) ހަނގުރާމައަށް ނުކު ންނަން އެންގުން. ނ. conscription .
conscriptކޮންސްކްރިޕްޓް. ނ. ކޮންސްކްރިޕްޓް ކޮށްގެން ބައިވެރިކޮށްފައިވާ ސިފައިންގެ މީހެއް.
consecrateކޮންސިކްރެއިޓް. ކޮންސެކްރެއިޓް ކ. 1. މުޤައްދަސް އެއްޗެއްގޮތަށް ކަނޑައެޅުން ނުވަތަ ހެދުން. 2. ފައްޅިއެއް ފަދަ ތަނެއް ނަޞާރާއިންގެ އަޅުކަމަށް ހުޅުވުން. 3. ބިޝޮޕަކަށް އެ މަޤާމު ދިނުން. ނ. consecration.
consecutiveކޮންސެކައިޓިވް. ނއ. ޢަދަދުތަކެއް ނުވަތަ ހާދިސާތަކެއް ފުލުފުލުގައި ތަރުތީބުން އައުން. މ. 2, 3, 4, 5.
consensusކޮންސެންސަސް. ނ. ޚިޔާލުތައް ޢާއްމުކޮށް އެއްގޮތްވުން. އިޖްމާޢު. އިއްތިފާޤު.
consentކޮންސެންޓް. ކ. 1. ކަމެއް ކުރުމަށް އެއްބަސްވުން. ހުއްދަ ދިނުން. ނ. ކަމަކަށް މީހަކަށް ދޭ ހުއްދަ ނުވަތަ ވާ އެއްބަސްވުން. މުވާފަޤާ. ޤަބޫލު. age of consent ހުޅަނގުގެ ޤައުމުތަކުގައި އަންހެނަކު ޖިންސީގުޅުން ހިންގަން އަމިއްލައަށް ހުއްދަ ދެވޭ ޢުމުރު.
consequenceކޮންސީކްއެންސް. ނ. 1. ޢަމަލެއް ނުވަތަ ޙާލަތެއްގެ ސަބަބުން ނުކުތް ނަތީޖާ. 2. އަހުމިއްޔަތު. މުހިއްމުކަން. a man of consequence މުހިއްމު މީހެއް. consequences ގުރޫޕަކުން ވާހަކައެއް ހަދަމުން ކުޅޭ ކުޅިވަރެއް. in consequence ނަތީޖާއެއްގެ ގޮތުން. take the consequences މީހަކު ކުރި ޢަމަލެއްގެ ސަބަބުން ނުވަތަ ނެގި އިޚްތިޔާރެއްގެ ސަބަބުން ނުކުތް ނަތީޖާ ޤަބޫލުކުރުން.
consequentކޮންސީކްވެންޓް. ނއ. ނުކުތް ނަތީޖާއެއްގެ ގޮތުން.
consequentlyކޮންސީކްވެންޓްލީ. ކއ. ނަތީޖާއެއްގެ ގޮތުން. އެހެންވީމާ.
conservancyކޮންސަރވެންސީ. ނ. 1. ކޯރުތަކާއި ބަނދަރުތައް ބަލަހައްޓާ އިދާރާއެއް. 2. ސަރަޙައްދެއްގައިވާ ދިރުން ހުރި ތަކެތި ހިމާޔަތްކޮށް ބެލެހެއްޓުމަށް އުފައްދައިފައިވާ މުއައްސަސާއެއް.
conservationކޮންސަރވޭޝަން. ނ. 1. ފަރުވާތެރިކަމާއި އެކު ސަރަޙައްދެއްގައިވާ ދިރުން (ގަސްގަހާގެއްސާއި ދޫނިސޫފާސޫފި އާއި ޖަނަވާރު) ނުވަތަ ފެން ފަދަ ޤުދުރަތީ ވަސީލަތެއް މީހުންގެ ޢަމަލުތަކުން ރައްކާތެރިކޮށް، ދެމެހެއްޓުން. 2. މާއްދީ އެއްޗެއް އެކި އެއްޗިއްސާއި އެކުވެ ބަދަލުވިކަމުގައި ވިއަސް އޭގެ އަސާސީ ސިފަ ހުންނަ ހުރުން. ނ. conservationist. ދިރުން ރައްކާތެރިކުރަން ތާއީދުކުރާ ފަރާތެއް.
conservativeކޮންސަރވޭޓިވް. ނއ. 1. ކުއްލި އަދި ބޮޑެތި ބަދަލުތަކަށް ނުރުހޭ. 2. މެދުމިން. މ. ކޮންސަރވޭޓިވް އެސްޓިމޭޓެއް. 3. ކޮންސަރވޭޓިވް ފިކުރުގެ މީހެއް. އިނގިރޭސިވިލާތުގެ ކޮންސަރވޭޓިވް ޕާޓީގެ މެންބަރެއް. ކއ. conservatively. Conservative Party އަމިއްލަ ވިޔަފާރިއަށާއި ސަރުކާރުގެ އަތްބޭނުމުން މިިނިވަން އިޤްތިޞާދީ ސިޔާސަތުތަކަށް ތާއީދުކުރާ އިނގިރޭސި ވިލާތުގެ ސިޔާސީ ޕާޓީއެއް.
conservatoryކޮންސަރވެޓޯރި. ކޮންސަރވޭޓަރި. ނ. ފެހިގެއެއް، ޚާއްޞަކޮށް ގެއެއްގެ ފާރަކާ ޖެހިގެން ގެއިން ވަދެވޭގޮތަށް ހަދައިފައިވާ.
conserveކޮންސާރވް. ކ. ގެއްލުމުން، އަނިޔާއިން، ހަލާކުވުމުން ފަހުން ބޭނުންކުރަން ރައްކާތެރިކުރުން. ޙިމާޔަތްކުރުން.
conserveކޮންސާރވް. ނ. ތާޒާ މޭވާ އާއި ހަކުރު ކައްކައިގެން ހަދާ ޖޭމު.
considerކޮންސިޑަރ. ކ. 1. ވަކި ގޮތެއް ނިންމުމަށް ކަމަކާ ބޮޑަށް ވިސްނުން. އެއްޗެއްގެ ފައިދާ އާއި ގެއްލުންތަކާ މެދު ވިސްނުން. 2. އެހެން މީހުންގެ އިޙްސާސްތަކަށާއި ކަންކަމަށް ބެލުން. 3. ވެދާނެކަމެއް ކަމަށް، ތެދެއްކަމަށް ވިސްނުން. all things considered ވާނެ ހުރިހާ ގޮތަކަށް ވިސްނުން (ކަމެއް ކުރަން ފެށުމުގެ ގޮތުން).
considerableކޮންސިޑަރަބްލް. ނއ. މިންވަރުން ނުވަތަ ބޮޑުމިނުން އެކަށީގެންވާ ވަރަށް ބޮޑު. ކއ. considerably.
considerateކޮންސިޑަރެއިޓް. ނއ. އެހެން މީހުންނަށް ނޭދެވޭ އަސަރެއް ކޮށްފާނެ ނުވަތަ އުނދަގޫވެދާނެ ކަމަށް ފަރުވާތެރިކަމާއެކު ބަލާ (މީހުންގެ ޢަމަލު ނުވަތަ ޠަބީޢަތާ މެދު). ކއ. considerately.
considerationކޮންސިޑަރެއިޝަން. ނ. 1. ފުންކޮށް ކަމަކާ މެދު ވިސްނާ ވިސްނުން. 2. ކަމަކާ މެދު ގޮތެއް ނިންމާއިރު، ވިސްނަންޖެހޭ ނުކުތާއެއް. 3. އޯގާތެރި، އެހެން މީހުންގެ އިޙްސާސްތަކަށް ބަލާ އުޅުން. 4. ޚިދުމަތަކަށް ނަގާ އަގު. in consideration of ކަމެއްގެ ބަދަލުގައި. on no consideration ކޮންމެ ގޮތެއް މެދުވެރި ވިއަސް. take into consideration ޢަމަލެއް ކުރާއިރު ވިސްނަން ޖެހޭ. under consideration ފިޔަވަޅެއް އެޅުމުގެ، ޢަމަލެއް ކުރުމުގެ ކުރިން ވިސްނަމުންދާ.
consideringކޮންސިޑަރިން. ޕ. ވަކި ކަމަކަށް ވިސްނާ. މ. ކޮންސިޑަރިން އޭނާގެ ޢުމުރު، އޭނާ ފެންނަނީ ޒުވާންކޮށެވެ. you did well, considering ދިމާވިޙާލަތްތަކަށް ވިސްނާފައި، ކަލޭ ކުރީ ރަނގަޅަށެވެ.
consignކޮންސައިން. ކ. 1. ރަސްމީކޮށް އެއްޗެއް ޙަވާލުކުރުން ނުވަތަ ދިނުން ނުވަތަ ފޮނުވުން ނުވަތަ ރައްދުކުރުން. 2. މީހެއްގެ އަޅާލުމަށް ރައްދުކުރުން.
consigneeކޮންސައިނީ. ނ. މުދައު ނުވަތަ އެހެން ތަކެތި ލިބެންޖެހޭ ފަރާތް. ރައްދުވާ ފަރާތް.
consignmentކޮންސައިންމަންޓް. ނ. 1. ފޮނުވި މުދައު ނުވަތަ އެހެން ސާމާނު. 2. މުދައު ފަދަ ތަކެތި ފޮނުވާ ފޮނުވުން.
consignorކޮންސައިނޮރ. ނ. މުދައު ނުވަތަ އެހެން ތަކެތި ފޮނުވާ ފަރާތް.
consistކޮންސިސްޓް. ކ. 1. consist of އެއްޗެއްގައި ހިމެނޭ ނުވަތަ ބައިވެރިވާ. މ. އަހަރެއް ކޮންސިސްޓް ވަނީ 12 މަހުންނެވެ. 2. consist in އެއްޗެއްގެ އަސާސީ ނުވަތަ މުހިއްމު ސިފައެއްގެ ގޮތުގައި. މ. އެމީހުންގެ އުފާވެރިކަން ކޮންސިސްޓް ވަނީ އުއްމީދުކުރުމުގައެވެ.
consistencyކޮންސިސްޓަންސީ. ނ. 1. އެއްޗެއްގެ އޮލަކަން ނުވަތަ ހަރުކަން، ޚާއްޞަކޮށް ދިޔައެއްގެ ނުވަތަ ދިޔާހިކި އެއްޗެއްގެ. މ. ގެށި ސިމެންތީގެ. 2. ކޮންސިސްޓަންޓްވާ ވުން.
consistentކޮންސިސްޓަންޓް. ނއ. 1. އެއް ގޮތަކަށް ނުވަތަ ފޭޑިއަކަށް ނުވަތަ ބަދަލެއް ނެތި ވަމުންދާ. މ. އެމީހުން އެކި ފަހަރު ޢަމަލު ކުރާގޮތެއް ކޮންސިސްޓަންޓް އެއް ނޫނެވެ. 2. އިޢްތިރާޟް ނުކުރާ، ފުށުނާރާ. އެމީހުންގެ ސިޔާސަތުތަކާއި ޢަމަލުތައް ކޮންސިސްޓަންޓް އެވެ. ކއ. consistently.
consolableކޮންސޮލަބްލް. ނއ. ހިތްހަމަޖައްސައި ދެވިދާނެ.
consolationކޮންސޮލެއިޝަން. ނ. ދެރަވެފައިވާ މީހަކު ހިތްހަމަޖައްސައިދޭ ދިނުން ނުވަތަ އެތި ނުވަތަ ކަން. consolation prize މުބާރާތެއްގައި ކުޑަ މިންވަރަކުން ވަނަ ނުލިބުނު މީހާއަށް ދޭ އިނާމު.
consoleކޮންސޮއުލް. ކ. ނާއުއްމީދު ނުވަތަ ދެރަވެފައިވާ މީހަކަށް ހަމްދަރުދީ ދީގެން ހިތްހަމަ ޖައްސައިދިނުން.
consoleކޮންސޮއުލް. ނ. 1. މަތާރަން ފިލައެއް ހިފަހައްޓާ ބުރެކެޓެއް. 2. މިޔުޒިކް އޯގަންއެއްގެ ކީބޯޑާއި ހޮޅީގެ ބެއްދުންތައް ހިފަހައްޓާ އޮނިގަނޑު. 3. އިލެކްޓްރިކް ތަކެތީގެ ކޮންޓްރޯލްތައް ހަރުކޮށްފައި ހުންނަ ފިލާގަނޑު. 4. ތަޅުމުގައި ބަހައްޓާ ޓީވީ އާއި ރޭޑިއޯ ފަދަ ތަކެތި ބަހައްޓާ ހަރު.
consolidateކޮންސޮލިޑެއިޓް. ކ. 1. ކަމެއް ކުރިއަށް ވުރެ ގަދަކުރުން ނުވަތަ ގަދަވުން. ކަމެއްގެ ޔަޤީންކަން ބޮޑުކުރުން ނުވަތަ ބޮޑުވުން. މ. ވެރިކަން ކޮންސޮލިޑެއިޓް ކުުރުން. 2. އެއްކުރުން ނުވަތަ އެއްވުން. މ. ދެ ކުންފުންޏެއް. ނ. consolidation.
consomméކޮންސޮމެއި. ނ. ގަރުދިޔަ ފަދަ ސާފުކޮށް ހުންނަ މަސްއެޅި ސޫޕެއް.
consonantކޮންސޮނަންޓް. ނ. 1. އަލިފުބާއެއްގެ ވަވަލް ފިޔަވައި އެހެން އަކުރުތައް 2. މި އަކުރުތައް އިޝާރާތްކުރާ ވާހަކަ ދެއްކުމުގައި ބޭނުންކުރާ ފިއްތި ނުވަތަ ސުކުން އަޑުތައް. މ. ސ. ލ.
consortކޮންސޯރޓް. ނ. ޤައުމެއްގެ ވެރިއެއްގެ ފިރިމީހާ ނުވަތަ އަނބިމީހާ.
consortކޮންސޯރޓް. ކ. ގުޅިގެން އުޅުން. ބައިވެރިވުން. މ. ވައްކަން ކުރާ މީހުންނާ ކޮންސޯރޓްކުރުން.
consortiumކޮންސޯރޓިއަމް. ނ. ޤައުމުތަކެއް ނުވަތަ ކުންފުނިތަކެއް ނުވަތަ އެހެންވެސް ގުރޫޕެއްގެ ޖަމާޢަތެއް.
conspectusކޮންސްޕެކްޓަސް. ނ. ކޮންމެވެސް މަޢުޟޫޢުއެއްގެ ހުރިހާ ބައިތަކެއް ހިމެނޭ ގޮތަށް ލިޔެފައިވާ ކުރު ޚުލާޞާއެއް. ކޮންމެވެސް ކަމަކާ ބެހޭ ކުރު ޚުލާޞާއެއް.
conspicuousކޮންސްޕިކުއަސް. ނއ. ފަސޭހައިން ފެންނަ. ސަމާލުކަން ދަމައިގަންނަ. ކއ. conspicuously. ނ. conspicuousness.
conspiracyކޮންސްޕިރެސީ. ނ. 1. ކޮންސްޕަޔަރ ކުރުން. 2. ކޮންސްޕަޔަރ ކޮށްގެން ރޭވި ރޭވުން. މުއާމަރާ. conspiracy of silence ކަމަކާ އެއްވެސް އެއްޗެއް ނުބުނުމަށް ކުރިން ވާ އެއްބަސްވުން.
conspiratorކޮންސްޕިރެއިޓަރ. ނ. 1. ކޮންސްޕަޔަރ ކުރާ މީހާ ނުވަތަ ފަރާތް. ނއ. conspiratorial. ކ. conspiratorially.
conspireކޮންސްޕަޔަރ. ކ. 1. އެހެން ބަޔަކާ އެކު ސައްލާކޮށް، މީހަކާ އިދިކޮޅު ނުވަތަ ޤާނޫނާ ޚިލާފު ނުވަތަ ނުބައިކަމެއް ކުރަން ރޭވުން. 2. (ޙާލަތްތަކާ މެދު) އެކުވުން. މ. އޭނާގެ މަޤާމު ގެއްލެން އެތައް ހާދިސާތަކެއް ކޮންސްޕަޔަރ ކުރިއެވެ. 3. އުނދަގޫކަމެއް ކުރުން. މ. ސަރުކާރުގެ އެހީ ކަނޑާލުމުން ވެސް، ޖަމްޢިއްޔާ ކުރިއަށް ގެންދިއުމަށް އެމީހުން ކޮންސްޕަޔަރ ކުރިއެވެ.
constableކޮންސްޓަބްލް. ނ. އާދައިގެ ފުލުހެއް.
constabularyކޮންސްޓެބިއުލަރީ. ނ. ފުލުހުންގެ މުއައްސަސާ. ޖަމާޢަތެއްގެ ގޮތުގައި ފުލުހުން.
constancyކޮންސްޓަންސީ. ނ. 1. ބަދަލެއް ނެތި ހުރިގޮތަށް ހުންނަ ސިފަ. ސާބިތުކަން. ހަރުދަނާކަން. 2. ވަފާތެރިކަން.
constantކޮންސްޓަންޓް. ނއ. 1. ތަކުރާރުކޮށް ވާ. 2. އަބަދުހެން އާދަކޮށް ކުރާ. ވަފާތެރި. މ. ހަމަތަކަށް ކޮންސްޓަންޓްކޮށް ޢަމަލުކުރުން. –ކއ. constantly.
constellationކޮންސްޓެލެއިޝަން. ނ. ތަރިތަކުގެ ގުރޫޕެއް. ނަކަތްތަރި. ކައުކަބާ. މ. ކެތި.
consternationކޮންސްޓަރނެއިޝަން. ނ. ބޮޑު ހައިރާންކަމެއް، މާޔޫސްކަމެއް ނުވަތަ ނުތަނަވަސްކަމެއް.
constipationކޮންސްޓިޕެއިޝަން. ނ. ބޮޑުކަމު ހާޖަތަށް ދިއުމަށް ދަތިވުން. ބަނޑުހިކުން. ނއ. constipated ބަނޑުހިކުން ޖެހިފައި. ނއ. constipating ބަނޑު ހިއްކާ މ. މޭވާއެއް.
constituencyކޮންސްޓިޓުއަންސީ. ނ. މަޤާމަކަށް މީހަކު އިންތިޚާބުކުރަން ވޯޓުލާ ފަރާތްތައް ނުވަތަ ވޯޓުލާންޖެހޭ މީހުން އުޅޭ ސަރަޙައްދު.
constituentކޮންސްޓިޓިއުންޓް. ނ. 1. އެއްޗެއްގެ ބައިތައް. މ. ކޮންސްޓިޓިއުންޓް ބައިތައް ނެތުމުން އިންޖީނެއް ނުހެދުނު. 2. ކޮންސްޓިޓިއުންސީ އަކުން ވޯޓުލާ އެކަކު
constituteކޮންސްޓިޓިއުޓް. ކ. 1. އެއްޗެއް އުފެދޭ ނުވަތަ ވާ. ޝާމިލްވާ. މ. އަހަރެއް ކޮންސްޓިޓިއުޓްވަނީ 12 މަހުންނެވެ. ކުޑަކުދިންގެ އާބާދީ ކޮންސްޓިޓިއުޓްވަނީ މުޅި އާބާދީގެ %25 އެވެ. 2. ޢައްޔަނުކުރުން. 3. ޤާއިމްކުރުން.
constitutionކޮންސްޓިޓިއުޝަން. ނ. 1. ބައިތަކުން އުފެދޭ އުފެދުން. 2. އެއްޗެއްގައި ހިމެނޭ ބައިތައް. 3. މީހެއްގެ ޖިސްމާނީ ޙާލަތާއި ޠަބީޢަތް. މ. އޭނާގެ ކޮންސްޓިޓިއުޝަން ގަދައެވެ. 4. ޤައުމެއް އެކުލަވާލެވިފައިވާ ހަމަތައް. މި ހަމަތައް ލިޔެފައިވާ ލިޔުން. ޤާނޫނު އަސާސީ.
constitutionalކޮންސްޓިޓިއުޝަނަލް. ނއ. 1. ޤާނޫނު އަސާސީ އާ ގުޅޭ. ޤާނޫނު އަސާސީގެ ހަމަތަކަށް ފެތޭ. 2. މީހެއްގެ ޢާއްމު ޖިސްމާނީ ނުވަތަ ފިކުރީ ޞިއްޙަތަށް ނިސްބަތްވާ. މ. ކޮންސްޓިޓިއުޝަނަލް ބަލިކަށިކަމެއް. –ނ.ޞިއްޙަތަށް ޓަކައި ހިނގާ ހިނގުމެއް. މ. ޢުމުރުން 90 އަހަރުވިއަސް ކޮންމެ ދުވަހަކު އޭނާ ކޮންސްޓިޓިއުޝަނަލްއަށް ފަތިހު ދެއެވެ.
constrainކޮންސްޓްރެއިން. ކ. މަޖުބޫރުވުން ނުވަތަ ކުރުން. ކޮންމެހެން ކުރަން ޖެހުން. ހިފެހެއްޓުން، ކޮންޓްރޯލް ކުރުން ނުވަތަ ކޮންޓްރޯލް ވުން. މ. ތަރައްޤީ ކޮންސްޓްރެއިންވީ ވިޔާނުދާ ވެރިއެއްގެ ސަބަބުންނެވެ.
constraintކޮންސްޓްރެއިންޓް. ނ. 1. ކުރާކަން ވަކި އިމެއްގެ ތެރޭގައި ކޮންޓްރޯލް ކުރާ އެއްޗެއް ނުވަތަ ކަމެއް. މ. އިޤްތިޞާދީ ކޮންސްޓްރެއިންޓް ތަކުގެ ސަބަބުން މިފަހަރު ޗުއްޓީއަށް ނުދެވުނީއެވެ. 2. މަޖުބޫރުވެގެން ކުރާ ޢާއްމުކޮށް ނަމަ ނުކުރާނެ ކަމެއް. 3. under constraint މަޖުބޫރުވެގެން ކުރާ.
constrictކޮންސްޓްރިކްޓް. ކ. ހިމަކޮށްގެން ބާރުކުރުން. ފިތާލުން. މ. ހޮޅިއެއް. ނ. constriction. ނ. constrictor.
constructކޮންސްޓްރަކްޓް. ކ. ބައިތައް އެއްކޮށްގެން ހެދުން. ބިނާކުރުން. ނ. ފިކުރެއް ނުވަތަ ޚިޔާލީ ޙާލަތެއް.
constructionކޮންސްޓްރަކްޝަން. ނ. 1. ޢިމާރާތެއް ފަދަ އެއްޗެއް ބިނާކުރުމުގެ މަސައްކަތް. 2. ބިނާއެއް ކޮށްފައިވާ ތަކެތީގެ ބާވަތް. 3. ބިނާއެއް. 4. ޖުމުލައެއްގައި ލަފުޒުތައް އަތުރާފައިވާ ގޮތް. 5. އެއްޗެއް ވަކިގޮތަކަށް ވެފައިވާ ފަހުމް. ތަފްސީރު. –ނއ. constructional.
constructiveކޮންސްޓްރަކްޓިވް. ނއ. އެހީތެރިވާ ޚިޔާލުތައް ހުށަހަޅާ. ބިނާކުރުވަނިވި.
construeކޮންސްޓްރޫ. ކ. ތަފްސީރުކުރުން. އޮޅުންފިލުން ނުވަތަ އޮޅުންފިލުވައިދިނުން. ތަރުޖަމާކުރުން. މ. އޭނާ އެ ބުނި ވާހަކަ އެކަމަށް އިންކާރު ކުރި ގޮތުގައި ކޮންސްޓްރޫ ކޮށްގެން ނުވާނެއެވެ.
consulކޮންސަލް. ނ. 1. ޤަދީމީ ރޫމީންގެ ދެ ފަނޑިޔާރުންގެ ތެރެއިން އެކަކު. 2. ސަރުކާރަކުން ބިދޭސީ ސިޓީއެއްގައި އަމިއްލަ ޤައުމުގެ ފަތުރުވެރިންނާއި އެތާ ދިރިއުޅޭ މީހުންނާއި ވިޔަފާވެރިންނަށް އެހީތެރިވާން ހަމަޖައްސާ މަންދޫބު. ނއ. consular.
consulateކޮންސިއުލެއިޓް. ނ. 1. ކޮންސަލް އެއްގެ މަޤާމު. 2. އޭނާ ދިރިއުޅޭ ގެ.
consultކޮންސަލްޓް. ކ. 1. މަޢުލޫމާތު ނުވަތަ އިރުޝާދު ލިބިގަތުން. މ. ކޮންސަލްޓިން އެންޖިނިއަރ. އިރުޝާދުދޭ އެންޖިނިއަރ އެއް. 2. މަޝްވަރާ ކުރުން.
consultantކޮންސަލްޓަންޓް. ނ. ފަންނީ އިރުޝާދު ދިނުމަށް ޤާބިލް ފަރާތެއް. މުސްތަޝާރު. ނ. consultancy ކޮންސަލްޓަންޓް އެއްގެ މަޤާމު ނުވަތަ އޭނާގެ ވިޔަފާރި.
consultativeކޮންސަލްޓެއިޓިވް. ނއ. އިރުޝާދު ދޭ. މ. ކޮންސަލްޓެއިޓިވް ކޮމިޓީ އަކީ ކަމަކަށް އިރުޝާދުދޭ ކޮމިޓީއެކެވެ.
consumeކޮންސިއުމް. ކ. 1. ހުސްވާގޮތަށް ބޭނުންކުރުން. މިއީ ނަރުކެނޑިއެއް ބޭނުންކުރުމާ ޚިލާފަށް ދަރު ފަދަ އެއްޗެތި ކެއްކުމަށް ބޭނުންކުރުމުން ހުސްވެ މަދުވާ ގޮތަށް ބޭނުންކުރުމެވެ. މ. މަޑުކޮށްގެން ހާދަ ވަގުތެއް ކޮންސިއުމްވެއްޖެ. 2. ކެއުން ނުވަތަ ބުޔުން (ޚާއްޞަޮށް ގިނައިން). 3. މުޅިން ނެތިގެން ދިއުން. މ. އަލިފާން ޢިމާރާތެއް ކޮންސިއުމްކުރުން.
consumerކޮންސިއުމަރ. ނ. ޚިދުމަތާއި ތަކެތި ބޭނުންކުރާ ފަރާތް. consumer goods (މަތިންދާބޯޓު ފަދަ ކެޕިޓަލް ތަކެއްޗާ ޚިލާފަށް) ވަކިވަކި ފަރުދުން ގަންނަ ތަކެތި.
consumerismކޮންސިއުމަރިޒަމް. ނ. 1. ޔޫ.އެސްގައި، ގަންނަ މީހުންގެ މަޞްލަޙަތު ރައްކާތެރިކުރުން. 2. ތަކެތި ގަނެ މިލްކު ކުރުމަށް މާ ބޮޑު ސަމާލުކަމެއް ދޭ ފިކުރު ނުވަތަ ޙާލަތު.
consumingކޮންސިއުމިންގ. ނއ. ވަރަށް ގަދަ ޖަޒުބާތެއް. މ. ވެރިކަން ހޯދުމަށް ހުންނަ ކޮންސިއުމިންގ ޤަޞްދު.
consummateކޮންސުމޭޓް. ކ. ފުރިހަމަކުރުން. ނިންމާލުން. މ. ކައިވެންޏެއް ކޮންސުމޭޓް ކުރުމަކީ ކައިވެނި ވުމަށް ފަހު އެއްދާންކުރުން.
consummateކޮންސުމޭޓް. ނއ. ބަރާބަރު، ފުރިހަމަ. ވަރަށް ހުނަރުވެރި. މ. ކޮންސުމޭޓް ލަވަކިޔުންތެރިއެއް.
consumptionކޮންސަމްޕްޝަން. ނ. 1. ބޭނުންކޮށް ހުސްކުރާ ހުސްކުރުން. މުޅިން ހަލާކުކޮށްލުން. 2. ބޭނުންކުރި މިންވަރު. 3. ބޯދާ ބަހެއްގެ ގޮތުގައި ކެއްސުން ބަލި.
consumptiveކޮންސަމްޕްޓިވް. ނއ. ކެއްސުންބަލި ޖެހިފައިވާ.
contactކޮންޓެކްޓް. ނ. 1. ޖެހުން (އެއްޗެއްގައި އަނެއް އެއްޗެއް)، އެކުވުން. 2. ގުޅިފައިވުން. މުއާޞަލާތު. 3. އިލެކްޓްރިކް ދަތުރުކުރުމަށް ދެ ނަރެއް ގުޅޭ ގުޅުން. 4. ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހަކާ ގާތްވެފައިވާ، އެ ބަލި ހުރެދާނެ މީހެއް. 5. މީހަކާ ބެހޭ މަޢުލޫމާތު ބޭނުން ނަމަ، ގުޅާނޭ ރައްޓެއްސެއް. –ކ. މީހަކާ ގުޅުން (ކޮންވެސް ވަޞީލަތެއް މެދުވެރިކޮށް). contact lens ލޮލުގައި ސީދާ ޖައްސައިގެން ބޭނުންކުރާ ވަރަށް ކުޑަ (އައިނު) ލެންސް އެއް.
contagionކޮންޓޭޖަން. ނ. 1. ގާތްކޮށް އުޅުމުން ނުވަތަ ގަޔާ ގަޔާ ޖެހިގެން ބަލި ފެތުރޭ ފެތުުރުން. 2. މިގޮތަށް ފެތުރޭ ބައްޔެއް.
contagiousކޮންޓޭޖަސް. ނއ. 1. ގާތުގައި އުޅުމުން ނުވަތަ ގައިގައި ޖެހިގެން ގައިން ގަޔަށް ބަލި އަރާ. މ. ކޮންޓޭޖަސް ބައްޔެވެ. 2. މިގޮތަށް ފެތުރޭ. މ. މިހާރު ހުރިހާ މީހުން ކޮންޓޭޖަސް ވެއްޖެ.
containކޮންޓެއިން. ކ. 1. އެއްޗެއްގެ ތެރޭގައި ވުން. މ. ފޮތުގައި ކޮންޓެއިން ވަނީ 49 ޞަފުޙާ. ރާހުގައި ފެން ކޮންޓެއިން ވޭ. 2. އެއްވަރުވުން. ހިމެނިގެންވުން. މ. ރާތަލެއްގައި 4 ގައު ކޮންޓެއިންވޭ. 3. ވަކި އިންތަކެއްގެ އެތެރޭގައި ވުން ނުވަތަ ވާގޮތް ހެދުން. މ. ދެކޮޅުވެރި ސިފައިން ކޮންޓެއިން ކޮށްފައިވަނީ ވާދީގައި.
containerކޮންޓެއިނަރ. ނ. 1. ތަކެތި އެޅުމަށް ބޭނުންކުރާ ފޮއްޓެއް ނުވަތަ ފުޅިއެއް ފަދަ ކަންވާރެއް. 2. ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރާ އަށެއްކަ ފޫޓު އުސް، އަށެއްބައި ފޫޓު ފުޅާ ބޮޑު އެއް ކޮޅުބިއް ހުޅުވައިލެވޭ ފޮށިގަނޑެއް.
containerizeކޮންޓެއިނަރައިޒް. ކ. ކޮންޓެއިނަރުން ތަކެތި ގެންދިއުން. ކޮންޓެއިނަރެއްގައި ގެންދެވޭ ގޮތަށް ހެދުން. ނ. containerization.
containmentކޮންޓެއިންމަންޓް. ނ. ޢަދާވާތްތެރި ޤައުމެއް ނުވަތަ އެ ޤައުމެއްގެ ނުފޫޒު ބޮޑަށް ފެތުރަނުދިމުގެ ސިޔާސަތު.
contaminateކޮންޓެމިނެއިޓް. ކ. ތަޣައްޔަރުވުން. ފެންފަދަ ނުވަތަ އެހެން ވެސް އެއްޗެއް އެޅުނު އެއްޗެއްގެ ސަބަބުން ބަލިފެތުރޭގޮތް ވުން ނުވަތަ ވިހަވުން. ނ. contamination.
contemplateކޮންޓެމްޕްލެއިޓް. ކ. 1. އެއްޗަކާ ދިމާލަށް ފިކުރާއެކު ބެލުން. 2. ފުންކޮށް ވިސްނުން. 3. ކަމެއް ކުރަންލުއިގޮތަކަށް ޤަޞްދުކުރުން. މ. އޭނާ ދިއްދޫއަށް ދާން ކޮންޓެމްޕްލެއިޓް ކުރެއެވެ. 4. އެއްޗަކާ މެދު މަޑުމައިތިރިކަމާއި އެކު ދީނީކަމެއްގެ ގޮތުގައި ވިސްނުން. މެނެހިކުރުން.
contemplativeކޮންޓެމްޕްލެޓިވް. ނއ. މުއްދަތަށް މަޑު ނަމަވެސް ސީރިއަސް ފިކުރު ހިމެނޭ.
contemporaryކޮންޓެމްޕަރަރީ. ނއ. 1. އެއް ދުވަސްވަރަކަށް ނިސްބަތްވާ. މ. ދަންޑެހެލަކީ ބޮޑުތަކުރުފާނާ ކޮންޓެމްޕަރަރީ މީހެކެވެ. 2. މިހާރު ނުވަތަ މި ވަގުތު ވާ. ކޮންޓެމްޕަރަރީ ފަރުމާތައް – މިހާރުގެ ފަރުމާތައް. –ނ. 1. އެއް ދުވަސްވަރަކަށް ނިސްބަތްވާ މީހެއް. މ. ބޮޑުތަކުރުފާނަކީ ދަންޑެހެލުގެ ކޮންޓެމްޕަރަރީއެއް. 2. އެކަކާ ޢުމުރުން އެއްދުވަސްވަރެއްގެ އަނެކަކު. މ. އޭނާއަކީ އަހުރެންގެ ކޮންޓެމްޕަރަރީއެއް.
contemptކޮންޓެމްޕްޓް. ނ. 1. އެއްޗަކަށް ނުވަތަ މީހަކަށް އިޙްތިރާމެއް ނެތި ނަފްރަތު ކުރުމުގެ ޖަޒުބާތު. ނަފްރަތު. 2. ނަފުރަތުކުރުމުގެ ޙާލަތު. 3. ބޭއިޙްތިރާމް. contempt of court ކޯޓުގެ އަމުރަށް ނުކިޔަންމަންތެރިވުން ނުވަތަ ކޯޓުގެ ކަންތައްތަކަށް ބޭއިޙްތިރާމް ކުރުން.
contemptibleކޮންޓެމްޕްޓިބްލް. ނއ. ނަފްރަތު ޙައްޤުވާ. ކއ. contemptibly. ނ. contemptibility.
contemptuousކޮންޓެމްޓުއަސް. ނއ. ނަފްރަތު ހާމަކުރާ ނުވަތަ އިޙްސާސްވާ. ސިޔާސީ މީހުން އޭނާ ދެކެނީ ކޮންޓެމްޕްޓުއަސް ނަޒަރަކުންނެވެ. ކއ. contemptuously. ނ. contemptuousness.
contendކޮންޓެންޑް. ކ. 1. އެއްޗެއް ކާމިޔާބުކުރުމަށް މުބާރާތެއްގައި ވާދަކުރުން. އުނދަގުލަކާއި އިދިކޮޅަށް މަސައްކަތްކުރުން. 2. ރަސްމީ ގޮތަކަށް ތެދެއްކަމަށް ބަޔާން ކުރުން. މ. ތުހުމަތުކުރެވުނު ފަރާތް ކުށްނުކުރާކަމަށް ކޮންޓެންޑް ކުރެއެވެ. –ނ. contender.
contentކޮންޓެންޓް. ނއ. އެމީހަކަށް ލިބިފައިވާ އެއްޗަކާ މެދު ހިތްހަމަ ޖެހިފައި. ފުދިފައި. ޤަނާޢާތްތެރި. –ކ. މީހަކަށް އެދުންތަކެއް ފުއްދައިދީ ހިތްހަމަ ޖެހުން ގެނެސްދިނުން. ނ. contentment. إطمئنان. ޤަނާޢަތު. ހިތް ސުލްޙަވެ، ސިކުނޑި ހަމަހިމޭންވެ އަންނަ ހަމަޖެހުން. to one’s heart content މީހެއްގެ ހިތް ފުރެންދެން. ހިތް އެދޭ މިންވަރަކަށް.
contentކޮންޓެންޓް. ނ. އެއްޗެއްގެ ތެރޭގައި ހިމެނޭ އެއްޗެހި. މ. ފީފާގެ ކޮންޓެންޓް، ސިޓީގެ ކޮންޓެންޓް – ސިޓީގައި ހިމެނޭ ވާހަކަ. table of contents ފޮތެއްގައި ހިމެނޭ ވާހަކަތަކުގެ ޚުލާޞާ ތާވަލެއް. ފިހުރިސްތު.
contentedކޮންޓެންޑިޑް. ނ. މީހަކަށް ލިބިފައިވާ ތަކެއްޗާއި އަދި އޭނާގެ ޙާލަތާ މެދު ހިތްހަމަޖެހިފައި. ފުދިފައި. –ކ. contentedly.
contentionކޮންޓެންޝަން. ނ. 1. ކަމަކާ ދޭތެރޭ ދެކޮޅަށް ވާހަކަ ދެކެވޭއިރު ދެބަސްވާ ކަންތައް. 2. ޖަދަލެއްގެ ނުވަތަ ހަރިއެއްގައި އެއްކޮޅުން ތެދުކަމަށް ހުށަހަޅާ ޚިޔާލު. 3. ކުޅިވަރެއްގައި ނުވަތަ މުބާރާތެއްގައި ކާމިޔާބުވުން ނުވަތަ ނުވުން.
contentiousކޮންޓެންޝަސް. ނއ. 1. ދެބަސްވުން އުފެދިދާނެ (ޚިޔާލެއް، ކަމެއް). 2. އަރައިރުންވާ، ދެބަސްވާ. ކއ. contentiously.
contestކޮންޓެސްޓް. ނ. 1. ކާމިޔާބުވުމަށް ނުވަތަ މަތިވެރިވާން ކުރާ، ބާރާއި ވިސްނުން ބޭނުންވާ ކަމެއް. 2. ދެ ފަރާތެއްގެ ދެމެދުގައި، ހުނަރު ނުވަތަ ޤާބިލްކަން ވާދަކުރުމަށް ބާއްވާ މުޤާބަލާއެއް. މުބާރާތް.
contestކޮންޓެސްޓް. ކ. 1. ވާދަކުރުން. މ. މަޖިލިހުގެ ގޮނޑިއަކަށް. 2. ގޮންޖެހުން، ތެދުކަމަށް އިންކާރު ކުރުން. މ. ޙުކުމްއަކަށް ކޮންޓެސްޓްކޮށް، މަތީކޯޓަކަށް މައްސަލަ ވައްދައިފިއެވެ.
contestantކޮންޓެސްޓަންޓް. ނ. ކޮންޓެސްޓް އެއްގައި، ވާދަކުރުމެއްގައި ބައިވެރިވާ ފަރާތެއް.
contextކޮންޓެކްސްޓް. 1. ލަފުޒެއްގެ ނުވަތަ ޢިބާރާތެއްގެ މާނަ ކަނޑައެޅޭ، އެ ލަފުޒުގެ ފަހަތުން ނުވަތަ ކުރިން އަންނަ ލަފުޒު. ލަފުޒުގެ ގާތުގައިވާ ލަފުޒުތައް. ލަފުޒުގެ ވެށި. 2. ކަމެއް މެދުވެރިވާ ޙާލަތްތައް ނުވަތަ އެކަމުގެ ވެށި. މ. ހަނގުރާމައިގެ ކޮންޓެކްސްޓްގައި އަމިއްލަ މީހުންގެ މުދައު ސަރުކާރަށް ނަގައެވެ. out of context ޢިބާރާތަކާ ނުވަތަ ލަފުޒަކާ ގުޅިފައިވާ އެހެން ލަފުޒުތައް ނުހިމެނޭތީ ނުބައި މާނައެއް ދޭހަވާ.
contiguousކޮންޓިގުއަސް. ނއ. ޖެހިގެން އޮތް. މ. ހުޅުދޫ އަކީ މީދޫ އާ ކޮންޓިގުއަސް ރަށެކެވެ. ނ. contiguity.
continentކޮންޓިނަންޓް. ނ. ދުނިޔޭގައި ވާ މައިގަނޑު ހަތް ބައްރު. ގިނަ ބައްރުތައް ވަށައިގެން ކަނޑު އޮވެއެވެ. އަދި ގިނަ ބައްރުގައި އެތައް ޤައުމެއް ވެއެވެ. The Continent އިނގިރޭސިވިލާތް ނުހިމަނާ ޔޫރަޕު.
continentކޮންޓިނަންޓް. ނއ. ބޮޑުކަމު ދިއުމާއި ކުޑަކަމު ދިއުން ކޮންޓްރޯލް ކުރެވޭ. ބައެއް ބަލި ޖެހުމުން މިކަމެއް ކޮންޓްރޯލެއް ނުކުރެވެއެވެ. ނ. continence.
continentalކޮންޓިނެންޓަލް. ނއ. ކޮންޓިނަންޓް އަކަށް ނިސްބަތްވާ. ކެޕިޓަލްކޮށް ސީ އަކުރު ލިޔެފައިވާ ނަމަ، ޔޫރަޕަށް ނިސްބަތްވާ. continental breakfast ކޮފީ އާއި ބަޓަރާއި ޖޭމާއި ކޮންމެވެސް ބާވަތެއްގެ ފިހެފައި ހުރި ޕާނުގެ ވައްތަރެއް ހިމެނޭ ލުއި ނާސްތާއެއް.
contingencyކޮންޓިންޖެންސީ. ނ. 1. މައްސަލަތަކެއް މެދުވެރި ކޮށްފާނެ، ކުރިން ވެދާނެ ކަމަށް ހީކުރެވިފައި ނުވާ ކަމެއް. 2. މުސްތަޤްބަލްގައި ވެދާނެ ކަމެއް. ކޮންޓިންޖެންސީ ޕްލޭން – ވެދާނެ ކަމަކަށް ރާވާ ރޭވުން.
contingentކޮންޓިންޖަންޓް. ނއ. 1. އިއްތިފާޤުން ވާ. 2. ވެދާނެ، ނަމަވެސް ޔަޤީނެއް ނޫން. 2. އެހެން ކަމަކާ ވިއްދައި، ވެދާނެ ނުވަތަ ނުވެދާނެ. ބަރޯސާވާ ނުވަތަ އެހެންކަމަކުން ނުފޫޒު ފޯރުވާ. މ. ކަލޭގެ އެއްބާރުލުމަށް އޭނާގެ ކާމިޔާބު ކޮންޓިންޖެންޓް އެވެ – އޭނާއަށް ކާމިޔާބު ވާނީ ކަލޭގެ އެހީތެރިކަން ލިބޭނެ ނަމައެވެ. –ނ. ސިފައިންގެ ބައެއް ނުވަތަ ޤައުމެއް ނުވަތަ މުއައްސަސާއެއް ތަމުސީލުކުރާ ޖަމާޢަތެއް. ކއ. contingently.
continualކޮންޓިނުއަލް. ނއ. އެތައް އިރެއްވަންދެން ކަމެއްވުން، ހުއްޓުމެއް ނެތި ނުވަތަ ކުރު ވަގުތުކޮޅަކަށް ހުއްޓިފައި. މި ލަފުޒާ continuous އާ ހުރި ތަފާތަކީ މި ލަފުޒުގައި ކުޑަމެދު ކެނޑޭ ވަގުތުކޮޅެއް އަންނަ ކަމެވެ. ކއ. continually.
continuanceކޮންޓިނުއަންސް. ނ. މެދުކެނޑުމެއް ނެތި ދާ ދިއުން.
continuationކޮންޓިނުއޭޝަން. ނ. 1. މެދުކެނޑުމަށް ފަހު، އަލުން ފަށާފެށުން. 2. އެއްޗެއް އަލުން ކުރިއަށް ގެންދާ ބައި. މ. މިފިލްމަކި ކުރީ ފިލްމުގެ ކޮންޓިނުއޭޝަން އެކެވެ.
continueކޮންޓިނިއު. ކ. 1. ޢަމަލެއް ކުރަމުން ގެންދިއުން. ކަމެއް ހުއްޓުމެއްނެތި ކުރުން. 2. ޙާލަތެއްގައި ނުވަތަ ތަނެއްގައި ޤަަރާރުވެ ވުން. މ. އޭނާ މެނޭޖަރު ކަމުގައި ކޮންޓިނިއު ކުރާނެއެވެ. 3. ފަހަނައަޅައި ކުރިއަށް ދިއުން. މ. މަގު އެ ދަނޑަށް ފަހުވެސް ކޮންޓިނިއު ކުރާނެއެވެ. 4. ހުއްޓުމަކަށް ފަހު އަނެއްކާ ފެށުން. މ. ވާހަކައިގައި ދެން އޮތް ބައި، ޖުލައި މަހު ނުކުންނަ މަޖައްލާގައި ކޮންޓިނިއު ކުރާނެއެވެ.
continuityކޮންޓިނިއުޓި. ނ. 1. ބަދަލު އައުމެއް، ހުއްޓުމެއް ނެތި ކަމެއް ކުރިއަށް ދާ ދިއުން. މ. އަތޮޅުވެރިން އަވަހަށް ބަދަލުވުމުން ތަރައްޤީގެ ކޮންޓިނުއިޓީ ގެއްލިއްޖެއެވެ. 2. ތަމްސީލު/ފިލްމް ގައި މަންޒަރުތައް ގުޅުވާގޮތުން ވާހަކަ އެމުނިގެންދާ ދިއުން.
continuousކޮންޓިނުއަސް. ނއ. ހުއްޓުމެއްނެތި ކުރިއަށްދާ، މެދުކެނޑުމެއް ނެތް. ކއ. continuously.
continuumކޮންޓިނުއަމް. ނ. އޭގެ ސިފަ ކުއްލިއަކަށް ތަފާތު ނުވާ، އަންނަމުންދާ ބަދަލު ފަސޭހައިން ފާހަގަ ނުވާ ގޮތަށް ވާ ކަމެއް. މ. ދޮންކަމާއި ކަޅުކަން. ހުއްޓުމެއް ނެތި ފުޅާވަމުންދާ ކަމެއް.
contortކޮންޓޯރޓް. ކ. ގަދަކަމުން އެއްޗެއްގެ ޢާއްމު ސިފައަށް ބަދަލުގެނައުން. އެއްޗެއްެގެ ސިފަ ޠަބީޢީ ނޫންގޮތަކަށް ލެނބި، އޮޅި، އެނބުރުން. މ. އެވާހަކަ އިވުމުން އޭނާގެ މޫނު ރުޅިވެރިކަމުން ކޮންޓޯރޓް ވިއެވެ. ނ. contortion.
contortionistކޮންޓޯރޝަނިސްޓް. ނ. މުނިފޫހިފިލުވުމަށް، ހަށިގަނޑު އެކިގޮތްގޮތަށް ލަންބައި، ކުދިކުދި ފުޅިއަށް ލާ ހަދާ މީހެއް.
contourކޮންޓުއަރ. ނ. އެއްޗެއްގެ ވަށައިގެންވާ ރޮނގު ނުވަތަ އިން ނުވަތަ އަޑިގުޑަންކަން. ވަނާ. މ. އޭނާ ހެދުން އަޅާގޮތުން ހަށިގަނޑުގެ ކޮންޓުއަރތައް ސާފުކޮށް ފާހަގަ ވެއެވެ.
contra-ކޮންޓްރާ. ލަފުޒެއްގެ ކުރިއަށް އެއްކުރުމުން އޭގެ މާނަ އިދިކޮޅަށް ބަދަލުވާ ލަފުޒެއް.
contrabandކޮންޓްރެބޭންޑް. ނ. 1. ވަގަށް ނުވަތަ ޤާނޫނާ ޚިލާފަށް ޤައުމަކަށް އެތެރެކުރާ ނުވަތަ ބޭރުކުރާ މުދައު. 2. މިކަން ކުރާ ކުރުން.
contraceptionކޮންޓްރަސެޕްޝަން. ނ. ބަލިވެއިނުން ހުއްޓުވުން. ގަރުބަގަތުން މަނާ ކުރާ ކުރުން.
contraceptiveކޮންޓްރަސެޕްޓިވް. ނއ. ގަރުބަގަތުން މަނާކުރާ. –ނ. މި ނަތީޖާ ނެރެވޭ ބޭހެއް ނުވަތަ އެއްޗެއް.
contractކޮންޓްރެކްޓް. ނ. 1. ދެބައެއްގެ ދެމެދުގައި ކުރާ ރަސްމީ އެއްބަސްވުމެއް. ޢަޤްދު. މުޢާހަދާ. ގަރާރު. ޗުކްތީ. 2. އެއްބަސްވާ ކަންތައްތައް ލިޔެފައިވާ ފަތެއް.
contractކޮންޓްރެކްޓް. ކ. 1. އެއްޗެއް ކުޑަވުން ނުވަތަ ކުރުވުން. 2. ކޮންޓްރެކްޓް އެއް މެދުވެރިކޮށް ކަމެއް ކުރުވުން. 3. ބައްޔެއް ޖެހުން. ދަރަނިވެރިވުން. އާދައެއް ފަދަ އެއްޗެއް ހިފުން. މ. އޭނާ ޖިޒާމް ބަލި ކޮންޓްރެކްޓް ކޮށްފިއެވެ. ނ. contraction, contractor . contract out ތިމާ ނުވަތަ އެހެން މީހަކު ކަމެއްގައި ޝާމިލްނުވާ ގޮތް ހެދުން. ކަމެއްގައި ބައިވެރިވުމަށް އިންކާރުކުރުން.
contractualކޮންޓްރެކްޗުއަލް. ނއ. ކޮންޓްރެކްޓް އަކާ ގުޅޭ ނުވަތަ ބެހޭ.
contradictކޮންޓްރެޑިކްޓް. ކ. 1. މީހަކު ބުނި އެއްޗެއް ނުބައިކަމަށް ބުނުން. އިންކާރުކުރުން. 2. އިދިކޮޅު ވާހަކަ ބުނުން. ޚިލާފުވުން. ތަޢާރުޟް ވުން. މ. މި އައު ވާހަކަތައް ކުރިން ދެއްކި ވާހަކަތައް ކޮންޓްރެޑިކްޓް ކުރެއެވެ. ނ. contradiction. ނއ. contradictory. contradiction in terms އިބާރާތެއްގައި ބުނާ އެތި ޚިލާފުވާ ޢިބާރާތެއް. މ. ކަޅު ދޮން މީހެއް.
contradistinctionކޮންޓްރާޑިސްޓިންކްޝަން. ނ. ބޭނުން ކުރާ ގޮތަކީ: in contradistinction to އެކަމާ/އެއާ ތަފާތުވާ ހެން. މ. ކޮޅުނބަށް އޮޑީގައި ދާން ދަނީ ހަތް ދުވަސް އިން ކޮންޓްރާޑިސްޓިންކްޝަން އިން މަތިންދާބޯޓުގައި ގަޑިއެއްގެ އިރުން ދެވެއެވެ.
contraflowކޮންޓްރާފްލޯ. ނ. ދެކޮޅަށް ދުއްވާ މަގެއްގެ އެއް ފަރާތް މަރާމާތުކުރުމަށް، މަގުގެ އެއްފަރާތުން ދެކޮޅަށް ދުއްވާގޮތަށް ވަގުތީ ގޮތުން ހަމަޖައްސާ ހަމަޖެއްސުން.
contraltoކޮންޓްރާލްޓޯ. ނ. 1. އަންހެނުން ލަވަކިޔާ އެންމެ ބަރު އަޑު. 2. މި އަޑުން ލަވަކިޔާ މީހާ ނުވަތަ މިއަޑުން ކިޔުމަށް ހަދާފައި ހުންނަ ލަވަ.
contraptionކޮންޓްރެޕްޝަން. ނ. ނުރަސްމީ ބަހުރުވައިން އެހެން މެޝިނު ނުވަތަ ތަކެއްޗާ ވަރަށް ތަފާތު، އިހުގެ ވައްތަރު ޖަހާ، ބޭނުން ކުރަން ނޭނގޭ އެއްޗެއް.
contrariwiseކޮންޓްރަރިވައިސް. ކއ. އަނެއް ކޮޅުން ބަލާ އިރު، މިއާ ޚިލާފަށް/އިިދިކޮޅަށް.
contraryކޮންޓްރަރި. ނއ. 1. ޠަބީޢަތާ އިދިކޮޅު. އަނެއްކޮޅުން. މ. ހީކުރި ގޮތާ ނަތީޖާ ކޮންޓްރަރިއެވެ. 2. އިދިކޮޅު ދިމާއިން. މ. ދަތުރު ލަސްވީ ކޮންޓްރަރި ވައިގެ ސަބަބުންނެވެ. –ނ. އިދި. އިދިކޮޅު ނުވަތަ އިދިދިމާ. ކއ. އިދިކޮޅަށް، ދިމާ އިދިކޮޅަށް. މ. ޢަމަލުތައް ހުރީ ގަވާއިދާ ކޮންޓްރަރިކޮށެވެ. on the contrary ބުނި އެއްޗަކާ ޚިިލާފަށް، އިދިކޮޅު ރަނގަޅުކޮށް ބުނަން ބޭނުން ކުރާ އިބާރާތެއް. contrary to އިދިކޮޅަށް އިޝާރާތްކޮށް. މ. ކޮންޓްރަރިކޮށް އެއްވެސް ހެއްކެއް ނެތެވެ.
contraryކޮންޓްރެއަރި. ނއ. ހީކުރިގޮތާ ނުވަތަ އުއްމީދުކުރިގޮތާ ޚިލާފަށް ކަންކުރާ. ޤަޞްދުގައި އިދިކޮޅަށް. –ނ. contrariness.
contrastކޮންޓްރާސްޓް. ނ. 1. ދެ އެއްޗެއްގެ ނުވަތަ ގިނަ އެއްޗެތީގެ މެދުގައިވާ ފަސޭހައިން ފާހަގަކުރެވޭ ތަފާތު ނުވަތަ ފަރަގު. 2. މި ތަފާތު ފެންނަ/ދައްކައިދޭ އެއްޗެއް. 3. ކުލަތަކާއި ވަކި ކުލައެއްގެ އެކި މިންވަރާ ހުންނަ ތަފާތު. 4. ކޮންޓްރާސްޓް ކުރުމުގެ ޢަމަލު.
contrastކޮންޓްރާސްޓް. ކ. 1. ދެ އެއްޗެއް ނުވަތަ މީހެއްގެ ތަފާތުތައް ދެނެގަތުމަށް އަޅާކިިޔުން. 2. ދެ އެއްޗެއް އަޅާކިޔުމުން ވަރަށް ބޮޑު ތަފާތު ދެއްކުން.
contra-suggestibleކޮންޓްރާ-ސަޖެސްޓިބްލް. ނއ. ވަކިގޮތެއް ޚިޔާލެއްގެ ގޮތުގައި ހުށަހެޅުމުން އެކަމާ ސީދާ އިދިކޮޅަށް ޢަމަލުކުރާ ނުވަތަ ޤަބޫލުކުރާ.
contraveneކޮންޓްރެވީން. ކ. 1. އިދިކޮޅަށް ޢަމަލުކުރުން. 2. ޤާނޫނަކާ/ޤަވާއިދަކާ ޚިލާފަށް އަމަލެއް ކުރުން. މ
contretempsކޮންޓްރެޓޯ. ނ. ޚާއްޞަކޮށް ޢާއްމުންގެ ތެރޭގައިވެގެން ލަދުގަންނަން ޖެހޭ، ދެބައެއްގެ ދެމެދުގައި ހިނގާ ކުޑަ ޒުވާބެއް ނުވަތަ ހާދިސާއެއް.
contributeކޮންޓްރިބިއުޓް. ކ. 1. މަޤްޞަދެއް ޙާސިލްކުރުމުން އެހެން މީހުންނާ ގުޅިގެން ފައިސާ ނުވަތަ އެހެން އެއްޗެއް ދިނުން. 2. ނޫހަކަށް، މަޖައްލާއަކަށް، ފޮތަކަށް މަޒުމޫނު ނުވަތަ އެހެން ތަކެތި ލިޔުން. 3. އެހެން ކަމެއް ވުމަށް އެހީތެރިވުން. މ. އޭނާގެ ފުރަމޭ ހަލާކުވުމަށް ރާބުއިން ކޮންޓްރިބިއުޓް ކުރިއެވެ. ނ. contributor. ނ. contribution.
contributoryކޮންޓްރިބިއުޓަރި. ނއ. 1. ނަތީޖާއެއް ގެނައުމަށް އެހީތެރިވާ. 2. ފަންޑަކަށް އަމިއްލައަށް ކޮންޓްރިބިއުޓްކުރަން ޖެހޭ. މ. ކޮންޓްރިބިއުޓަރީ ޕެންޝަން ނިޒާމެއް.
contriteކޮންޓްރައިޓް. ނއ. 1. ކުރެވުނު ކަމަކާ ގުޅިގެން އަމިއްލައަށް ވަރަށް ދެރަވެ އަދި ކުށްވެރިވާ ކަން އިޙްސާސްވާ. މ. ކޮންޓްރައިޓް މަޢާފަށް އެދުމެއް. ކއ. contritely. ނ. contrition.
contrivanceކޮންޓްރިވަންސް. ނ. 1. މަކަރުވެރި ގޮތަކަށް ކަމެއް ހިނގާގޮތަށް ރޭވުން. 2. އެހެން މީހުން ކުރާ ގޮތާ ތަފާތު ގޮތަކަށް އުފައްދައިފައިވާ އެއްޗެއް.
contriveކޮންޓްރައިވް. ކ. 1. ހާދިސާއެއް ނުވަތަ ކަމެއް ހިނގާގޮތަށް ހުޝިޔާރުކޮށް ރޭވުން. 2. އެހެން މީހުން ނުކުރާ ވިސްނުންތެރި ގޮތަކަށް އެއްޗެއް އުފެއްދުން. ނ. contriver.
controlކޮންޓްރޮއުލް. ނ. 1. އެއްޗެއް ނުވަތަ މީހެއް ނުވަތަ އުޅުން ވަކި މިންތަކެއްގައި ހިފެހެއްޓުމަށް އަމުރު ކުރުމުގެ ބާރު. 2. މިގޮތަށް ހެދުމުގެ ވަސީލަތް. މ. ކާރެއްގެ ކޮންޓްރޮއުލް ތައް. ލަގަން. 3. މަތަކުރުން ނުވަތަ ތިމާގެ އަމިއްލަ ނަފުސު މަތަކުރާ ކުރުން. 4. އިކްސްޕެރިމެންޓް އެއް ނުވަތަ ތަޖުރިބާއެއްގެ ނަތީޖާ ބެލުމަށް އަޅާކިޔަން ގެންގުޅޭ އެހެން އިކްސްޕެރިމެންޓް އެއް. 5. ރޭސް ޖަހާ ކާރުތައް، ބެލުމަށް މަޑުކުރަންޖެހޭ ތަން. 6. ރޫޙާނީ އެއްޗެއްގެ ޢަމަލުތައް އަމާޒުކޮށް ހަދަންވީގޮތް ބުނާ ފަރާތް. –ކ. 1. ވަކި ގޮތަކަށް އެއްޗެއް މަސައްކަތް ކުރުވުން. 2. ހިފެހެއްޓުން. މަތަކުރުން. ނ. controller. controlling interest ކުންފުންޏެއްގެ ވަކި މިންވަރަކަށް ޙިއްސާ ހުރުމުން އެ ކުންފުނިން ކަންކުރާގޮތް ކަނޑައެޅުމުގެ އިޚްތިޔާރު. in control ކޮންޓްރޯލް ކުރެވޭ. out of control ކޮންޓްރޯލް ނުކުރެވޭ. under control ރަނގަޅަށް ކޮންޓްރޯލް ކުރެވިފައި.
controllableކޮންޓްރޮއުލަބްލް. ނއ. ކޮންޓްރޯލް ކުރެވޭ.
controversialކޮންޓްރޮވާރޝަލް. ނއ. ގިނަދުވަސް ވަންދެން ދެމިގެންދާ ހަރިއެއް އުފެދިދާނެ.
controversyކޮންޓްރޮވާރސި. ނ. ގިނަދުވަސް ވީ ހަރިއެއް، ދެބަސްވުމެއް، ޖަދަލެއް، ނުވަތަ ޚިލާފެއް.
controvertކޮންޓްރޮވާރޓް. ކ. އެއްޗެއްގެ ތެދުކަމަށް އިންކާރުކުރުން. މ. އޭނާގެ ހޯދުންތަކަށް އެތައް މުއައްޚިރުންނެއް ކޮންޓްރޮވާރޓް ކުރިއެވެ.
controvertibleކޮންޓްރޮވާރޓިބްލް. ނއ. (ހުށަހެޅުމެއް ނުވަތަ ވާހަކައެއް) ނުބައިކަމަށް ސުބޫތު ކުރެވިދާނެ ނުވަތަ ޖަދަލުކުރެވިދާނެ.
contumelyކޮންޓިއުމްލި. ނ. 1. ބޭއިޙްތިރާމް ހާމަކުރާ އިހާނަތްތެރި ކުށްދެއްކުމުގެ ބަސްތައް.
contusionކޮންޓިއުޜަން. ނ. ހަމުން މެށިފައިވާ ތަނެއް.
conundrumކޮނަންޑްރަމް. ނ. ޖަވާބުދޭން އުނދަގޫ ސުވާލެއް. އަރަތް. މ. ދޮށީ ބިސްތަ ނުވަތަ ކުކުޅުތަ؟
conurbationކޮނަރބެއިޝަން. ނ. ޖެހިގެން އޮތް ދެ ސަހަރެއް ބޮޑުވަމުން ގޮސް ގުޅިގެން އުފެދޭ ބައިބޯ އެއް ސަރަޙައްދު.
convalesceކޮންވަލެސް. ކ. ބަލިވުމުން ގަދަވުމަށް އަރާމުކުރުން. ޞިއްޙަތު އަލުން ލިބިގަތުން. ނ. convalescence. ނ. ނއ. convalescent.
convectionކަންވެކްޝަން. ނ. ދިޔައެއް ނުވަތަ ގޭހެއްގެ ތެރޭގައި ހޫނު އެއް ހިސާބުން އަނެއް ހިސާބަށް ދަތުރުކުރާ ދަތުރުކުރުން.
convectorކަވެކްޓަރ. ނ. ގޭގެ ހޫނުކުރަން ބޭނުން ކުރާ، ހޫނުވައި ކޮޓަރިއެއްގެ ތެރޭގައި ދައުރުކުރުވާ އާލަތެއް.
conveneކަންވީން. ކ. އެއްވުން، ޖަމާވުން. ޖަމާވާގޮތް ހެދުން. ޖަލްސާއަކަށް އެއްވުން. ނ. convener.
convenienceކަންވީނިއަންސް. ނ. 1. އެއްޗެއް ނުވަތަ ކަމެއް ފަސޭހަވާ ފަސޭހަވުން. 2. ފަސޭހަ އެއްޗެއް. 3. ފާޚާނާއެއް. public conveniences ޢާއްމު ފާޚާނާތައް. at your convenience ކަލެއަށް ފަސޭހަ ވަގުތަކު ނުވަތަ ގޮތަކަށް. at your earliest convenience ކަލެއަށްވީ އެންމެ އަވަހަކަށް. convenience foods މާބޮޑަށް ތައްޔާރުކުރަން ނުޖެހޭ ކާނާ. make a convenience of someone މީހެއްގެ ބޭނުން އެކަށީގެންނުވާހާ ބޮޑަށް ގިނައިން ކުރުން.
convenientކަންވީނިއަންޓް. ނއ. 1. ފަސޭހަ. ބޭނުންތަކަށް އެކަށީގެންވާ އެއްވެސް އުނދަގުލެއް ދައްޗެއް މެދުވެރިނުވާ. 2. ދާންޖެހޭ ދުރުމިން ކައިރި އަދި ފަސޭހަ. މ. ކޮންވީނިއަންޓް ފިިހާރަތައް. ކއ. conveniently.
conventކޮންވެންޓް. ނ. ނަޞާރާދީނުގެ މަޒުހަބެއްގެ އަންހެނުން ދުނިޔެއަޅައި އުޅޭ ދައިރު ނުވަތަ އެމީހުން. convent school މި އަންހެނުން ޢާއްމުންނަށް ހިންގާ މަދަރުސާއެއް.
conventionކަންވެންޝަން. 1. އެއް ޝައުޤެއް ހުންނަ ބައެއް އެއްވާ އެއްވުމެއް ނުވަތަ ބޮޑު ޖަލްސާއެެއް. ސިޔާސީ ޕާޓީގެ ބޮޑު ބައްދަލުވުމެއް. 2. ސިޔާސީ ވެރިންގެ މެދުގައި ނުވަތަ ޤައުމުތަކެއްގެ މެދުގައި ނުވަތަ އެހެން އިސްވެރިންގެ މެދުގައި ވެވޭ އެންމެން ހިމެނޭ އެއްބަސްވުމެއް. 3. އިޖްތިމާޢީ ޙާލަތްތަކުގައި ޢާއްމުން ބަލައިގަނެފައިވާ އުޅުން ބަހައްޓަންވީ ގޮތްތައް. އާދަކާދަތައް. 4. ފަންނުތަކުގައި ޢާއްމުކޮށް ކަން ކުރާ ގޮތް. މ. މިއީ ކޮންވެންޝަން އާ އެއްގޮތަށް ގޮނޑުދޮށް ކުރަހާ ގޮތެކެވެ.
conventionalކަންވެންޝަނަލް. ނއ. 1. އާދަކާދަތަކާ އެއްގޮތް. ޢާއްމު. އާދައިގެ މަތިން. ތަޤްލީދީ. conventional weapons ނިޔުކްލިއަރ ނޫން ހަތިޔާރު. ކއ. conventionally.
convergeކަންވާރޖް. ކ. އެއް ތަނަކަށް ނުވަތަ އެއް ކަމަކަށް އެއްވުން. މަގުތަކެއް ނުވަތަ ރޮނގުތަކެއް ކަންވާރޖް ވާނަމަ އެ ރޮނގުތައް އެއް ތަނަކުން ގުޅޭނެއެވެ. ޚިޔާލުތަކެއް ކަންވާރޖް ވާނަމަ، ހުރިހާ ޚިޔާލުތަކެއް ގާތްކުރާވަރަށް އެއްގޮތް ވެއެވެ. ނ. convergence. ނއ. convergent.
conversantކަންވާރސަންޓް. އެއްޗެއްގެ ހަމަތަކާއި ގޮތްތަކުގެ ތަޖުރިބާ ނުވަތަ ޢިލްމަށް ފަރިތަވެފައިވުން. މ. އޭނާ ސިންގަޅަ ބަހަށް ކަންވާރސަންޓް އެވެ.
conversationކޮންވާރސެއިޝަން. ނ. ދެމީހެއް ނުވަތަ ގިނަ ބައެއްގެ ދެމެދުގައި، ޚިޔާލާއި ޚަބަރާއި ޝުޢޫރުތަކާއި ސުވާލާއި ޖަވާބު ބަދަލުކުރުމަށް ދައްކާ އާދައިގެ ވާހަކަ. ނއ. conversational. ކއ. conversationally. ނ. conversationalist މީހުން ޝައުޤުވެރިވާގޮތަށް ވާހަކަ ދައްކަން ދަންނަ މީހާ.
converseކޮންވާރސް. ކ. ވާހަކަ ދެއްކުން.
converseކޮންވާރސް. ނއ. ކަމެއްގެ ނުވަތަ އެއްޗެއްގެ އިދި. –ނ. އެއްޗެއްގެ އިދިކޮޅު. ޖުމުލައެއްގެ ނުވަތަ ޚިޔާލެއްގެ މާނަ އަނެއް ފަރާތަށް ފުރޮޅާލައި ޖުމުލަ ނުވަތަ ޚިޔާލު. ކއ. conversely.
convertކޮންވާރޓް. ކ. 1. އެއްޗެއް ނުވަތަ މީހެއް އެއް ސިފައިން އަނެއް ސިފައަކަށް ބަދަލުކުރުން. މ. ކޮޓަރި ބަދިގެއަކަށް ކޮންވާރޓްކުރުން. 2. ދީން، ޚިޔާލު ފަދަ ކަމެއް އެއް ބާވަތުން އަނެއް ބާވަތަށް ބަދަލުވުން ނުވަތަ ކުރުން. މ. ކަސްރަތުކުރާ ހިތްނުވާ އަހަރެން ފަހުލަވާނަކަށް ބަދަލުކުރީ ދައްތައެއް. 3. ރަގަބީގައި ގޯލެއް ޖެހުން. ނ. converter. ނ. conversion.
convertކޮންވާރޓް. ނ. ދީން ނުވަތަ ފިކުރު ބަދަލުކުރި މީހެއް.
convertibleކޮންވާރޓިބްލް. ނއ. ބަދަލު ކުރެވޭ. –ނ. މަތީ ފުރާޅު ފަތްޖަހާލާފައި ނުވަަތަ އެހެން ގޮތަކަށް ތިރިކޮށްލެވޭ ކާރު. ނ. convertibility.
convexކޮންވެކްސް. ނއ. ބޭރުން ބަލާއިރު ބޯޅައެއްގައި ހުންނަ ކިއްސަރު ހުރި. ބޭރަށް އުފުލިފައިވުން. ކއ. convexly. ނ. convexity.
conveyކަންވޭ. ކ. 1. އެހެން މީހުންނަށް އޮޅުން ފިލާގޮތަށް ވާހަކައެއް ބުނުން. 2. އެއްޗެއް ނުވަތަ މީހެއް އެއް ތަނުން އަނެއް ތަނަށް ގެންދިއުން ނުވަތަ ނަގުލުކުރުން. ނއ. conveyable.
conveyanceކަންވޭޔަންސް.ނ. 1. އެއްތަނުން އަނެއް ތަނަށް ގެންދާ ގެންދިއުން. 2. މީހުން އެއްތަނުން އަނެއް ތަނަށް އުފުލާ އެއްގަމު އުޅަނދު.
conveyancingކަންވޭޔަންސިން. ނ. ބިން ފަދަ ތަންތަން އެއް ބައެއްގެ ފަރާތުން އަނެއް ބައަކަށް ބަދަލުކުރުމުގެ ޤާނޫނީ ވިޔަފާރި.
conveyorކަންވޭޔަރ. ނ. 1. އެއްޗެއް ނަގުލުކުރާ ފަރާތް. ދެކޮޅު ގުޅިފައިވާ ފުޅާ ކަމަރެއް ނުވަތަ މަޅުތަކެއް ފަދަ އެއްޗެއް. މި ބޭނުންކުރަނީ ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިއުމަށެވެ.
convictކޮންވިކްޓް. ކ. މީހަކު ކުށްވެރިވާކަމަށް ބަޔާންކުރުން ނުވަތަ ޙުކުމްކުރުން.
convictކޮންވިކްޓް. ނ. ޖަލުގައި ބަންދުކުރެވިފައިވާ ކުށްވެރިއެއް. ގައިދީއެއް. މުޖުރިމެއް.
convictionކޮންވިކްޝަން. ނ. 1. ރަސްމީކޮށް ކުށްވެރިވާކަމަށް ނިންމާ ނިންމުން. 2. ގަދައަށް ހަރުދަނާކޮށް މީހަކު ޤަބޫލު ކުރާކަމެއް. 3. ކަމެއް ގަަދައަށް ޤަބޫލުކުރާ ކަމުގެ އިޙްސާސް. carry conviction ކަމެއް އަމިއްލައަށް ވަރަށް ޤަބޫލުކުރާ ކަމަށް ފެންނަ ފެނުން.
convinceކޮންވިންސް. ކ. ކަމެއް ތެދުކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރާ ވަރަށް މީހަކަށް ވިސްނައިދިނުން.
convivialކޮންވިވިއަލް. ނއ. އެއްދާރު، މީހުންނާ ގުޅޭ، ބައްދަލުވުމުން އުފާވާ. ކއ. convivially. ނ. conviviality.
convocationކޮންވޮކެއިޝަން. ނ. 1. ފައްޅީގެ ވެރިންގެ ބޮޑު ބައްދަލުވުމެއް ނުވަތަ ޔުނިވަރސިޓީއެއްގެ ވެރިންގެ ބައްދަލުވުމެއް. 2. ބޮޑު ބައްދަލުވުމެއް ބޭއްވުމުގެ ޢަމަލު.
convokeކޮންވޮއުކް. ކ. ބޮޑު ރަސްމީ ބައްދަލުވުމަކަށް އަންނަން އެންގުން ނުވަތަ އެފަދަ ބައްދަލުވުމެއް އިންތިޒާމްކުރުން.
convolutionކޮންވޮލޫޝަން. ނ. އޮޅުންބޮޅުން. މ. ވާހަކައިގައި ކޮންވޮލޫޝަންތައް ގިނަކަމުން ފަހުމްވީ ވަރަށް ވިސްނައިގެންނެވެ.
covolvulusކޮންވޮލްވިޔުލަސް. ނ. ތާޅަފިލިގޮތަށް ހުންނަ މަލެއް އަޅާ ވެލެއް.
convoyކޮންވޮއި. ނ. ރައްކާތެރިކަމަށް އެއް އުޅަނދު ފަހަތުގައި އަނެއް އުޅަނދު ނުވަތަ އެއްކޮށް ދަތުރުކުރާ ދަތުރުކުރުމެއް. ޤާފިލާ. ކާރުވާން. –ކ. 1. މިގޮތަށް ދަތުރުކުރުން. 2. ހަތިޔާރު އެޅި ބައެއްގެ އެހީ ދަތުރަށް ފޯރުކޮށްދެމުން އެކުގައި ދަތުރުކުުރުން.
convulseކޮންވަލްސް. ކ. 1. ތެޅިފޮޅުން ނުވަތަ މިހެންވާ ގޮތް ހެދުން. މ. އަޅާ ތަދުން އޭނާ ކޮންވަލްސް ކުރެއެވެ. 2. ހިނިއައިސްގެން ތެދަށް ހުންނަން ދަތިވެ ގުދުވުން.
convulsionކޮންވަލްޝަން. ނ. މަސްތައް އިޚްތިޔާރެއްނެތި ކުރުގެޅޭތީ ވާ ތެޅިފޮޅުން. 2. ވަރަށް ބޮޑު ހަމަނުޖެހުމެއް.
convulsiveކޮންވަލްސިވް. ނއ. އަމިއްލަ ކޮންޓްރޯލެއް ނެތި ތެޅިފޮޅޭ. ހަމަނުޖެހުން އުފައްދާ. –ކ. convulsively.
cooކޫ. ކ. ކޮތަރު ލައްވާ ބާވަތުގެ މަޑު ލުއި އަޑެއް ލެއްވުން. ވައިއަޑުން ވާހަކަ ދެއްކުން. –ނ. މިފަދަ އަޑެއް. ނުރަސްމީ ބަހުރުވައިން ހައިރާންވުމުން ލައްވާ ކުއްލި އަޑެއް.
cooeeކޫއީ. ކުއްލިއަކަށް މީހެއްގެ ސަމާލުކަން ހޯދުމަށް ލައްވާ އަޑެއް ނުވަތަ ރުޔުމެއް.
cookކުކް. ކ. 1. (ހޫނު ބޭނުންކޮށްގެން) ކެއުމަށް ކާތަކެތި ތައްޔާރުކުރުން. ކެއްކުން. 2. މި ތައްޔާރީވުން. 3. ބޭނުންވާ ނަތީޖާއެއް ނެރުމަށް މަޢުލޫމާތު ދޮގަށް ބަދަލުކުރުން. މ. ޓެކްސް ނުދައްކަން އޭނާ އެކައުންޓް ފޮތް ކުކް ކޮށްފިއެވެ. –ނ. (ޚާއްޞަކޮށް ވަޒީފާއެއްގެ ގޮތުގައި) ކައްކާ މީހެއް. cook a person’s goose މީހަކަށް އޮތް ފުރުޞަތު ނައްތައިލުން. cooking apple ކައްކަން ކަމުދާ އާފަލު. cook up އީޖާދުކުރުން. މ. މަދަރުސާއަށް ނުދާން އޭނާ އުޒުރެއް ކުކް އަޕް ކޮށްފިއެވެ. what is cooking? - ޚަބަރުދަބަރު ކޮބާ؟ ރޭވުމަކީ ކޮބައި؟
cookerކުކަރ. ނ. 1. ކައްކަން ބޭނުންކުރާ އުނދުނެއް ނުވަތަ ކަންވާރެއް. 2. ކައްކާ ބާވަތުގެ އާފަލެއް.
cookeryކުކަރީ. ނ. ކެއްކުމުގެ ހުނަރާއި ފަންނު.
cookieކުކީ. ނ. 1. ސްކޮޓްލަންޑްގައި ނަމަ، އާދައިގެ ބަނަސް. 2. އެމެރިކާގައި ނަމަ، ފޮނި ބިސްކޯދު.
coolކޫލް. ނއ. 1. ހިތްގައިމު ވަރަކަށް ފިނި. ފިނިގަދައެއް ނޫން އަދީ ހޫނެއް ވެސް ނޫން. 2. ފިނިކަމަށް އިޝާރާތް ކުރާ (މ. ކުލަ –ފެހި ނޫ). 3. ހަމަޖެހިފައި، ބިރެއް ނެތި، ހާސްނުވެ. 4. ޝައުޤުވެރިކަމެއް ނެތް. އޭނާއަށް އެމީހުން ކީ ވަރަށް ކޫލް މަރުހަބާއެކެވެ. 5. ނަފުސަށް ޔަޤީންކަން އޮތުމާއެކު ނުރަސްމީކޮށް. މ. ހާހެއްހާ ރުފިޔާ ދަރަންޏަށް ދިނުމަށް ކޫލް އެދުމެއް ހުށަހެޅިއެވެ. 6. ޖުމުލަ. މުޅިއެކު. މ. ކޫލް އެއް ލައްކަ ރުފިޔާ. 7. ނުރަސްމީ ބަހުރުވައިން ފެޝަނަށް ފެތޭ އަދި ރީތި. –ނ. 1. ފިނިކަން. ފިނި އެއްޗެއް. 2. ނުރަސްމީ ބަހުރުވައިން ޠަބީޢަތް، މަޑުމައިތިރިކަން. މ. ރުޅިއަޔަސް ކަލޭ ކޫލް ހިފަހައްޓައްޗޭ. –ކ. ފިނިކުރުން. ފިނިވުން. –ކއ. coolly. ނ. coolness. cooling tower އަލުން ބޭނުންކުރުމަށް ފެން ފިނިކުރާ ހަރެއް. cool it ނުރަސްމީ ބަހުރުވައިން ރުޅިނައިސް ހަމަޖެހޭ. cool one’s heels މީހަކު އިންތިޒާރުގައި ބެހެއްޓުން.
coolantކޫލަންޓް. ނ. މެޝިންތަކުގައި ތަކެތި ފިނިކުރަން ބޭނުން ކުރާ ދިޔައެއް.
coolieކޫލީ. ނ. އިރުމަތީ ޤައުމުތަކުގައި ހުނަރެއް ނެތް އާދައިގެ މަސައްކަތު މީހުން.
coopކޫޕް. ނ. ކުކުޅުހާ ގެންގުޅޭ ކޮށި/ގެ. –ކ. އިމެއްގެ ތެރެއަށް ލުން. ކޮށްޓެއްގެ ތެރޭގައި ވުން.
co-opކޯ-އޮޕް. ނ. 1. ނުރަސްމީ ބަހުރުވައިން ކޯ-އޮޕަރޭޓިވް ސޮސައެޓީ. 2. އެފަދަ ޖަމްޢިއްޔާއަކަށް ނިސްބަތްވާ ފިހާރަައެއް.
cooperކޫޕަރ. ނ. ލަކުޑިން ތާނގި، ބާލިދީ ފަދަ ތަކެތި ހަދާ މީހާ.
co-operateކޯ-އޮޕަރެއިޓް. ކ. އެހެން މީހަކާ ނުވަތަ ބަޔަކާ ގުޅިގެން ޙަރަކާތްތެރިވުން. އެއްބާރުލުން. ނ. co-operation ތަޢާވުން. ނ. co-operator.
co-operativeކޯ-އޮޕަރެއިޓިވް. ނ. 1. އެއްބާރުލުމަށް ނިސްބަތްވާ. 2. އެކުގައި މަސައްކަތް ކުރުމަށް ތާއީދުކުރާ. 3. ޖަމާޢަތެއްގެ މެންބަރުން ބައިވެރިވެގެން ހިންގާ، އަދި ފައިދާ އެމީހުންގެ މެދުގައި ބަހާ. –ނ. ކޯ-އޮޕަރެއިޓިވް ހަމަތަކުން ހިނގާ ދަނޑެއް ނުވަތަ ފިހާރައެއް.
co-optކޯ-އޮޕްޓް. ކ. ޖަމާޢަތެއްގައި ހިމެނޭ މެންބަރުން ވެގެން ޖަމާޢަތަކަށް މީހަކު އިތުރުކުރުން.
co-ordinateކޯ-އޯޑިނެއިޓް. ނއ. މުހިއްމުކަން އެއްވަރު. –ނ. މުހިއްމުކަން އެއްވަރު އެއްޗެއް. 2. (coordinates) ހުރިތަން ބަޔާންކުރަން ބޭނުން ކުރާ ޢަދަދެއް. މ. ޖޯގްރަފީގައި ބޭނުންކުރާ ޢަރުޟު އާއި ޠޫލް. ކއ. co-ordinately. coordinates އެކުމުތުވާ ގޮތަކަށް (ހިތްގައިމު ގޮތަކަށް ގުޅޭހެން) ބޭނުންކުރެވޭނޭ އަންހެނުންގެ ހެދުމުގެ ބައިތައް. މ. ބެލްސް އާއި މަތި.
co-ordinateކޯ-އޯޑިނެއިޓް. ކ. ބައިތައް ރަނގަޅު ގުޅުމަކުން ގުޅާލުން. ރަނގަޅު ނަތީޖާއެއް ނެރެވޭ ގޮތަށް އެކިބައިގެ މަސައްކަތް ރޭވުން ނުވަތަ ހިންގުން. ވިލަރެސް ކުރުން. ނ. co-ordinator. ނ. co-ordination.
cootކޫޓް. ނ. 1. ފެނުގެ މަތީގައި އުޅޭ އަސްދޫނި ބާވަތުގެ ދޫންޏެއް. 2. މުސްކުޅި ހަމަނުޖެހޭ މީހެއް.
copކޮޕް. ކ. ނުރަސްމީ ބަހުރުވައިން އަތުލައިގަތުން ނުވަތަ ހިފުން. ތަފާސްކުރުން. –ނ. 1. އަތުލައިގަތުން. 2. ނުރަސްމީ ބަހުރުވައިން ފުލުހެއް. cop out ފިލުން. ބުނިކަމެއް ކުރުމުގައި ފޭލިވުން. cop-out މި ބާވަތުގެ ފޭލިވުމެއް. not much cop އަގެއް ނެތް.
copކޮޕް. ނ. ކާލިގަނޑަކަށް، ފިރޯއްޓަކަށް، ބޮޅަކަށް އޮޅައިފައިވާ ރޮނދި.
copeކޮއުޕް. ކޯޕް. ނ. ރަނގަޅު ނަތީޖާއެއް ނެރެވޭ ގޮތަށް އުނދަގޫ ދަތި ޙާލަތްތަކެއް ހަމަޖެއްސުން.
copeކޯޕް. ނަޞާރާދީނުގެ ފާދިރީންގެ ބޮޑުން ބޭރުންލާ ޖަރީކުރި ޖުއްބާއެއް.
copeckކޯޕެކް. ނ. ރަޝިޔާ ފައިސާގެ ރޫބްލް އެއްގެ ސަތޭކަބައިކުޅަ އެއްބައި.
Copenhagenކޯޕަންހޭގަން. ނ. ޑެންމާރކް ގެ ވެރިކަން ކުރާ ސަހަރު.
copierކޮޕިއަރ. ނ. ކޮޕީ ކުރާ މެޝިނެއް.
co-pilotކޯ-ޕައިލަޓް. ނ. މަތިންދާ ބޯޓެއްގައި ޕައިލަޓް ގެ އިތުރަށް ދެވަނައަށް ދުއްވަން އިންނަ ޕައިލަޓް.
copingކޯޕިން. ނ. ފާރެއްގެ އެއްމެ މަތީ ގައު ބަރި. މި ގައުތައް ގިނަ ފަހަރު ހުންނަނީ މަތީގައި ފެން ހަރުނުލާ ގޮތަށެވެ. coping stone މިކަމަށް ހަދައިފައި ހުންނަ ގައު.
copiousކޯޕިއަސް. ނއ. ވަރަށް ގިނައިން ވާ. ބައިވަރު. ކއ. copiously.
copperކޮޕަރ. ނ. 1. ރަތް މުށިކުލައިގެ ލޯހާއެއް. ރަތުލޯ. 2. މި ލޯހާ ބޭނުންކޮށްގެން ހަދައިފައި ހުންނަ ލާރި. 3. ރަތުލޯގެ ކުލަ. –ނއ. 1. ރަތުލޯއިން ހަދައިފައިވާ. 2. ރަތްމުށިކުލަ. copper-beech ރަތުލޯ ކުލައިގެ ފަތް ހުންނަ ގަސް.
copperކޮޕަރ. ނ. ނުުރަސްމީ ބަހުރުވައިން ފުލުހެއް.
copperplateކޮޕަރޕްލެއިޓް. ނ. ރީތި ސާފު އަތު ލިޔުން.
coppiceކޮޕިސް. ނ. ލަކުޑީގެ ބޭނުމުގައި ނުވަތަ ދަރަށް ގާތްގާތުގައި ހައްދާ ކުދި ގަސް. –ކ. ދަރަށް ގަސްކޮށުން.
copseކޮޕްސް. ނ. ކޮޕިސް ގަހެއް.
copulateކޮޕިޔުލެއިޓް. ކ. އެއްދާން ކުރުން. ޖޯޑުވުން. ނ. copulation.
copyކޮޕީ. ނ. 1. އެހެން އެއްޗަކާ ވައްތަރުކޮށް ހަަދައިފައިވާ އެއްޗެއް. ނަކަލެއް. ނުސްޚާ. މުޞްޚަފު. ސޫރަ. 2. ފޮތެއް/ނޫހެއް/ފަތެއްގެ އެކަތި. 3. ޗާޕުކުރުމަށް އެކަށީގެންވާ ތަކެތި. އެ ޝަރީޢަތަކީ ރަނގަޅު ކޮޕީ އެކެވެ – އެ ޝަރީޢަތަކީ ނޫހެއްގައި ޖަހަން މީހުން ޝައުޤުވެރިވާނެ ޚަބަރެކެވެ. –ކ. 1. ކޮޕީއެއް ހެދުން. 2. އެހެން މީހެއް ކުރާކަމެއް ކުރުން ނުވަތަ މީހަކު އުޅޭގޮތަށް އުޅުން. ރާމާމަކުނު ހެދުން. copy-cat އެހެން މީހުން ގެ ޢަމަލުތައް ކޮޕީކުރާ މީހެއް. copy-typing ޓައިޕްރައިޓަރުން ކޮޕީހެދުން. ނ. copy-typist.
copyistކޮޕީސްޓް. ނ. ތަފާތު ލިޔުންތައް ކޮޕީކުރުމުގެ ވަޒީފާގައި ހުންނަ މީހާ.
copyrightކޮޕީރައިޓް. ނ. މިޔުޒިކް/އަދަބީ/ފަންނީ އެއްޗެއް ޗާޕުކޮށް ޝާއިޢުކޮށް، ކުޅެ ފިލްމަށް ހެދުމުގެ ޤާނޫނީ ޙައްޤު. ނއ. ކޮޕީރައިޓްއިން ޙިމާތްކުރެވިފައިވާ.
coquetteކޮކެޓް. ނ. ޖިންސީކަންތައްތަކަށް ޝައުޤު ހުންނަ ކަމަށް ސީރިއަސް ނޫންގޮތަކަށް ނަމަވެސް ހިތްގައިމުގޮތަކަށް ދައްކައިގެން މީހުންެގެ ސަމާލުކަން ހޯދަން އުޅޭ އަންހެނެއް. ނއ. coquettish. ނ. coquetry.
coracleކޮރެކްލް. ނ. އޮނު ފަދަ އެއްޗަކުން ވިޔެގެން، ބޭރުގައި ހަންޖަހައިގެން ހަދާ ކުޑަ ބޮއްކުރައެއް.
coralކޮރަލް. ނ. 1. ފަޅުގައި އުޅޭ ކުޑަ ޖަނަވާރަކުން އުފެދޭ ގަލެއް. ހިރިގައު. އަކިރި. 2. މިބާވަތުގެ ރަތްކުލައިގެ ހަރު އަކިރިއެއް. މި ޖަވާހިރެއްގެ ގޮތުގައި ބޭނުން ކުރެއެވެ. 3. ރަތާއި ފިޔާތޮށްޓާ ދެމެދުގެ ދެމެދުގެ ކުލައެއް. ނއ. ފިޔާތޮއްޓާއި ރަތާ ދެެމެދުގެ ކުލަ.
corbelކޯރބެލް. ނ. އެއްޗެއް ބޭއްވުމަށް ނުވަތަ ބަރެއް ހިފުމަށް، ފާރަކުން ނެރެފައިވާ ގައު ނުވަތަ ލަކުޑި މަކުޑިއެއް. ނއ. corbelled.
cordކޯޑް. ނ. 1. ދިގު ހިމަ، ލީލި އަނބުރައިގެން ހަދައިފައި ހުންނަ ފަހެލި އެއްޗެއް. ނަނު. ވައު. މީގެ އެތިކޮޅެއް. 2. މި ސިފައަށް ހުންނަ އެހެން އެއްޗެއް. މ. މައިކަށިފަތި – ސްޕައިނަލް ކޯޑް. 3. ކޯޑްރޯއީ ފޮތި. –ނަނުން އެއްސުން.
cordedކޯޑަޑް. ނއ. އުފުލިފައި ހުންނަ ރޮނގުތަކެއް އުއިން ހަދައިފައި ހުންނަ ފޮތި.
cordialކޯޑިއަލް. ނ. މޭވާގެ އެސެންސް ނުވަތަ އަރަގުގައި (ބައެއް ފަހަރު މޭވާ ފަދަ ތަކެތި އަޅައިގެން) ހަދާ ބުއިމެއް. –ނއ. އަދަބުވެރިކަމާއެކު ރައްޓެހި ނުވަތަ ގާތް. ކއ. cordially. ނއ. ނ. cordiality.
corditeކޯޑައިޓް. ނ. ހިމަ ނަނުތަކެއް ގޮތަށް ހުންނަ ދުމެއް ނުއުފައްދާ ގޮވާ އެއްޗެއް.
cordonކޯޑްން. ނ. 1. އެއްޗެއް ރައްކާތެރިކުރުމަށް ތިބޭ ސިފައިންގެ ފާރަ ޖަގަހަތަކެއް ނުވަތަ މީހުން. 2. ޒީނަތަކަށް ނުވަތަ ޝަރަފެއްގެ ގޮތުގައި ބޭނުންކުރާ ޖަރީކުރި ވައުކޮޅެއް. 3. އެންމެ ދަނޑިއަކަށް ހައްދާ މޭވާގަހެއް. –ކ. ކޯޑްން އަކުން ބަންދުކޮށްލުން.
cordon bleuކޯޑޯން ބްލާ. ނ. 1. އެންމެ މަތީ ފެންވަރުގެ ކެއްކުން (ފަރަންސޭސި ބަހުން ނޫ ރިބަން). 2. މިފެންވަރަށް ކައްކަން އެނގޭ މީހުން. 3. ކުކުޅާއި ޗީޒު (ބައެއް ފަހަރު އޫރު މަސް) ފާރޮށިކުނޑި ބޭރުގައި ލައި ތެލުލައިގެން ކައްކާ ކާނާއެއް.
corduroyކޯޑްރޯއި. ނ. ބޯ އުއި ފޮތި ވިޔާ ގޮތުން ފަލަ ރޮނގުތަކެއް ހުންނަ ފޭރާމެއް. މި ރޮނގުތައް ހަދަނީ މަތީ ދުޅައެއްގެ އުއިތައް ބުރިކޮށްގެންނެވެ. corduroys. މި ފޭރާމުން ފަހާފައިވާ ފަޓުލޫނު.
coreކޯރ. ނ. 1. ބައެއް މޭވާގައި (މ. އާފަލުގައި) އޮށް ހުންނަ ހަރުބައި. 2. އެތެރޭ މެދު ނުވަތަ އެންމެ މުހިއްމު ބައި. 3. ކުރީގެ ކޮމްޕިއުޓަރ މެމަރީގައި ހުންނަ ވަރަށް ކުޑަ ބުރެއް. 4. ނިއުކްލިއަރ ރިއެކްޓަރެއްގައި ރޭޑިއޯއެކްޓިވް ތަކެތި ހުންނަ ބައި. –ކ. އާފަލު ފަދަ އެއްޗެއްގެ މެދުބައި ނެގުން. corer މި ބައި ނަގާ އާލަތެއް. to the core މުޅިން. އެއްކޮށް. މ. ވާރެއިން ތެމޭއިރު.
co-respondentކޯ-ރެސްޕޮންޑެންޓް. ނ. ވަރިއެއްގައި، ފިިރިމީހާ ނުވަތަ އަބިމީހާ އެކު ޒިނޭ ކުރި މީހާ.
corgiކޯޖި. ނ. ހިޔަޅުގެ ބޯހެން ބޯ ހުންނަ ކުޑަ ކުއްތާއެއް.
corianderކޮރިއޭންޑަރ. ނ. ކެއްކުމުގައި ރަހަ ލެއްވުމަށް ބޭނުން ކުރާ ގަހެއް. އޭގެ އޮށް ނުވަތަ ފަތް. ކޮތަންބިރި.
Corinthianކޮރިންތިއަން. ނ. 1. ގްރީސްގެ ކޮރިންތް އަށް ނިސްބަތްވާ. 2. އާކިޓެކްޗަރ ގައި އެންމެ ފަށުވި ތަނބުތައް ހަދާފައި ހުންނަ ހަމަތައް.
corkކޯކް. ނ. 1. ދެކުނު ޔޫރަޕުގައި ހެދޭ ގަހެއްގެ ތޮށި. މި ބޭނުން ކުރަނީ އުނގުރި ހެދުމަށެވެ. ފުޅިމަދު. 2. ފެންމަތީގައި ބޭއްވުމަށް ބޭނުންކުރާ މީގެ ބައެއް. 3. މިއިން ނުވަތަ އެހެން އެއްޗަކުން ހަދައިފައިވާ ފުޅިއެއްގެ އުނގުރިއެއް. –ކ. އުނގުރިޖެހުން، އުނގުރިއެއް ޖަހައިގެން އެއްޗެއް ފޭބިޔަ ނުދިނުން. corked ފީވެފައިވާ އުނގުރިއެއް ޖެހުމުގެ ސަބަބުން ރާފުޅިއެއް ތަޣައްޔަރުވުން ސިފަކުރާ ނަންއިތުރެއް.
corkerކޯކަރ. ނ. ނުރަސްމީ ބަހުރުވައިން ވަރަށް މޮޅު މީހެއް ނުވަތަ އެއްޗެއް.
corkscrewކޯކްސްކްރޫ. ނ. 1. ފުޅިިން އުނގުރި ނެގުމަށް ބޭނުންކުރާ އިސްކުރެއްހެން އަނބުރާފައި އޮންނަ ދަގަނޑު އާލަތެއް. 2. އިސްފިރޭނެއް އެނބުރިފައިވާ އެއްޗެއް.
cormކޯރމް. ނ. ފިޔާފަދައިން ފަތާކޮށް ބިމުގެ އަޑީގައި ކުރި ފަޅާ ގަހުގެ ގޮނޑި.
cormorantކޯމޮރަންޓް. ނ. ކަނޑުގައި އުޅޭ ބޮޑު ދޫންޏެއް.
cornކޯން. ނ. 1. ގޮވާން. 2. ގޮވާން އަންނަ ބާވަތުގެ ގަސް. 3. ޔޫ.އެސް.ގައި ޒުވާރި. 4. އަސޭމިރުހެއް ގޮވާމެއްގެ ފުކެއް.
cornކޯން. ނ. ފައިގެ ނުވަތަ އެހެން ތަނެއްގެ ހަންގަނޑު ބޯވެފައިވާ ތަނެއްގެ ތަދުވާ ތަންކޮޅު.
corncrakeކޯންކްރެއިކް. ނ. ހުތުރު އަޑެއް ލައްވާ ކަނބިލި ޒާތުގެ ދޫންޏެއް.
corneaކޯރނިއާ. ނ. ލޮލުގެ ވަށައިގެންވާ އެތެރެ ފެންނަ ހަރު ދުލި. ނއ. corneal.
cornedކޯރންޑް. ނއ. ގިނަ ދުވަސްވަންދެން ބެހެއްޓޭނެހެން ލޮނުގައި ހިއްކުން ނުވަތަ ބެހެއްޓުން. corned beef މިގޮތަށް ތައްޔާރުކޮށްފައި ހުންނަ ގެރިމަސް.
cornelianކޯނީލިއަން. ނ. ޖަވާހިރެއްގެ ގޮތުގައި ބޭނުންކުރާ ހުދު ނުވަތަ ރަތްކުލައެއްގެ ހިލައެއް.
cornerކޯނަރ. ނ. 1. ދެ ރޮނގެއް ނުވަތަ ފާރެއް ނުވަތަ މަގެއް ބައްދަލުވާ ކަން ނުވަތަ ސަރަޙައްދު. 2. ދުރުގައިވާ ނުވަތަ ފޮރުވިފައިވާ ތަނެއް. 3. ހޮކީ އާއި ފުޅުބޯޅައިގައި ހިލޭ ކަނުން ޖަހަން ލިބޭ ފުރުޞަތެއް. 4. ބައެއް ބާވަތްތަކުގެ ޚިދުމަތްތައް ނުވަތަ މުދައު ވިއްކުމަށް އެކަކަށް ލިބޭ ފުރުޞަތެއްގެ ސަބަބުން، އޭނާއަށް އަގު ބޭނުންވަރަކަށް ބެހެއްޓޭ މޮނޮޕޮލީ އެއް. –ކ. 1. ކަނަކަށް ޖެއްސުން. ނުފިލޭ ކަހަލަ ތަނަކަށް ކޮއްޕާލުން. 2. ހުރިހާ ނުވަތަ ބޮޑު ބައި ލިބިގަތުން. މޮނޮޕޮލީއެއް ޤާއިމްކުރުން. 3. ކަނެއް ވަށައިލާ ދިއުން. 4. corner-stone އަސާސް. ތަރަހަ. ކަމެއްގެ އެންމެ މުހިއްމު އަޞްލު. މ. ކާމިޔާބުގެ ކޯނަރ-ސްޓޯން އަކީ ހިއްމަތެވެ.
cornetކޯރނެޓް. ކޯރނެޓް. ނ. 1. ކުޑަ ދުންމާރިއެއް ފަދަ މިޔުޒިކް ގުޅޭ އެއްޗެއް. 2. އައިސްކްރީމް އަޅާފައިވާ މުރަނަ ރޮށިން ހަދައިފައިވާ ގޮއްޓެއް.
cornflakesކޯރންފްލެއިކްސް. ނ. އަވެލިހެން ޒުވާރި ފަތާކޮށް ތަޅައި ހަނާކޮށްގެން ހެނދުނު ކެއުމަކަށް ބޭނުންކުރާ އެއްޗެއް. ޒުވެލި.
cornflourކޯރންފްލާރ. ނ. ސުރުވާ ފަދަ ތަކެތި އޮލަކުރަން ބޭނުން ކުރާ ޒުވާރިފުއް. މިއިން އެހެން ބޭނުން ތައް ވެސް ކުރެއެވެ.
cornflowerކޯރންފްލާވަރ. ނ. ޒުވާރިދަނޑުތަކުގައި ހެދޭ ނޫކުލައިގެ މަލެއް އަންނަ ތޮނައެއް. ބަގީޗާގަހަކަށް ވެސް މި ހައްދައެވެ.
corniceކޯނިސް. ނ. ފާރާއި ފަންގިފިލާ ގުޅޭތަން ފޮރުވަން ޒީނަތަކަށް އަޅާ ފިލާގަނޑެއް.
Cornishކޯނިޝް. ނ. އިނގިރޭސި ވިލާތުގެ ކޯންވޯލް ސަހަރަށް ނިސްބަތްވާ. އެތަނަށް ނިސްބަތްވާ ބަސް. Cornish pasty ތުނި ރޮށިފަށަލަތަކެއްގައި ފިހެފައި ހުންނަ މަހާއި ތަރުކާރީ.
cornucopiaކޯނުކޯޕިއާ. ނ. އެއްޗެތިތަކެއްގެ ބައިވަރު. މ. ސުފުރާމަތީގައި ބުއިންތަކުގެ ކޯނުކޯޕިއާ އެއް ހުއްޓެވެ.
Cornwallކޯރންވޯލް. ނ. އިނގިރޭސި ވިލާތުގެ ކައުންޓީ އެއް.
cornyކޯރނީ. ނއ. (ފިލްމާއި ވާހަކަ އާއި ސަމާސާ އާ މެދު) ތަކުރާރުކޮށް އިވި ޝައުޤުވެރިކަން ގެއްލިފައި.
corollaryކޮރޮލަރި. ކޮރޯލަރީ. ނ. ނަތީޖާއަކުން ވާނޭގޮތް. އެއްޗެއް ސުބޫތު ކުރުމުން ދެން އެ އިން ނުކުންނަ ތެދު އެއްޗެއް. މ. މުދައުވެރިކަމުގެ ކޮރޮލަރި އަކީ މަޝްހޫރުވުމެވެ.
coronaކޮރޯނާ. ނ. އެއްޗެއްގެ ވަށައިގެންވާ އައްޔެއް ނުވަތަ ވަށްބުރެއް.
coronaryކޮރޮނަރީ. ނއ. ހިތް ހިނގުމަށް ހިތަށް ލޭފޮނުވާ ނާރުތަކާ ގުޅޭ. –ނ. 1. ހިތުގެ މިފަދަ ނާރެއް. 2. coronary thrombosis ހިތުގެ މިފަދަ ނާރެއްގައި ލޭކޮޅެއް ގަނޑުވުން.
coronationކޮރޮނެއިޝަން. ނ. ރަސްކަލެއް ނުވަތަ ރާނީއެއް ރަސްކަމަށް އިސްކުރުމުގެ ރަސްމިއްޔާތު.
coronerކޮރޮނަރ. ނ. ޝައްކު ގޮތަކަށް މަރުވި މީހަކު މަރުވި އަޞްލު ސަބަބު ދެނެގަތުމަށް އެކަން ތަޙްޤީޤުކުރާ ރަސްމީ މީހެއް.
coronetކޮރޮނެޓް. ނ. 1. ކުޑަ ތާޖެއް. 2. ޖަވާހިރާއި ރަނުން ޒީނަތްތެރިކޮށްފައިވާ ބޮލުގައި އަޅާ ބޭންޑެއް.
corporalކޯޕަރަލް. ނ. ހަށިގަނޑަށް ނިސްބަތްވާ. corporal punishment އެއްތެލުން ތަޅައިގެން ނުވަތަ އެހެން އެއްޗަކުން ޖަހައިގެންދޭ އަދަބު.
corporalކޯޕަރަލް. ނ. ސާރޖަންޓް އަކަށްވުރެ އެއް ދަރަޖަ ދަށް ސިފައިންގެ އޮފިސަރެއް.
corporateކޯޕަރެޓް. ނއ. 1. އެތައް ބަޔަކަށް ބެހިގެންވާ އެންމެންގެ މަސްއޫލިއްޔަތަކަށް ވާ. ވަކި ފަރުދެއްގެ ޒިންމާއަކަށް ނުވާ. މ. ކޯޕަރެޓް ރެސްޕޮންސިބިިލިޓީ. 2. ބޮޑު ކުންފުންޏަކާ ބެހޭ ނުވަތަ ގުޅޭ. 3. ޖަމާޢަތެއްގެ މީހުން ގުޅިފައިވާ ގުރޫޕަކަށް ނިސްބަތްވާ.
corporationކޯޕަރެއިޝަން. ނ. 1. އެއްބަައެއް ހިންގާ ބޮޑު ކުންފުންޏެއް ނުވަތަ އެތައް ކުންފުނިތަކެއް. 2. އިނގިރޭސި ވިލާތުގައި ސަހަރެއްގެ ޢާއްމު ޚިދުމަތްތައް (މ. މަގު ސާފުކުރުން) ކުރާ މުއައްސަސާއެއް.
corpsކޯރ. ނ. 1. ވަކި ކަމެއް ކުރުމަށް ތަމްރީނު ދެވިފައިވާ ސިފައިންގެ ފައުޖެއް. މ. މެޑިކަލް ކޯ. 2. ޚާއްޞަ ކަމެއްގައި ބައިވެރިވާ ޖަމާޢަތެއް. މ. ޑިޕްލޮމެޓިކް ކޯ.
corpseކޯރޕްސް. ނ. މަރުވެފައިވާ މީހެއްގެ ހަށިގަނޑު. ގަބުރު.
corpulentކޯޕިއުލަންޓް. ނއ. ބޮޑު ހަށިގަނޑެއް ލިބިފައިވާ. ފަލަ. ނ. corpulence.
corpusކޯޕަސް. ނ. ބައިވަރު ލިޔުންތަކެއް. ކޯޕަސް ކިޔަނީ ލެޓިން ބަހުން ހަށިގަނޑަށެވެ. މިތަނުގައި މި މާނަކުރަނީ މާއްދާއަކާ ބެހޭގޮތުން ލިޔެފައިވާ ގިނަގުނަ ލިޔުންތަކަށެވެ. ވަކި އަދީރެއްގެ ގިނަގުނަ ލިޔުންތަކަށާއި ބަސް ބޭނުންކުރާ ގޮތް ދެނެގަތުމަށް ތަޙްލީލުކުރުމަށް ބޭނުންވާ ބަހެއްގެ ގިނަ ލިޔުންތަކަށް ވެސް މި ލަފުޒު ބޭނުންކުރެއެވެ.
Corpus Christiކޯޕަސް ކްރިސްޓި. ނ. ސަލާމް ލެއްވި ޢީސާގެފާނުންގެ އެންމެ ފަހު ފަރިއްކޮޅުގެ މުނާސަބާ ފާހަގަކުރަން ނަޞާރާއިން އަހަރަކު އެއްފަހަރު ބާއްވާ ރަސްމިއްޔާތެއް.
corpuscleކޯޕަސްލް. ނ. ލޭގައި ހިމެނޭ ހުދާއި ރަތްކުލައިގެ ކުދިކުދި ސެލްތަކެއް.
corralކޮރާލް. ނ. ގެރިބަކަރި އާއި އަސް ލާ ކޮށްޓެއް. މިއީ ވަގުތީ ގޮތުން ބޭނުންކުރާ ކޮށްޓެެކެވެ. –ކ. ކޮށްޓަކަށް ގެރިބަކަރިއާއި އަސްފަދަ ތަކެތިލުން.
correctކަރެކްޓް. ނއ. 1. ތެދު. ރަނގަޅު. ޞައްޙަ. ޞަޙީޙް. 2. މަސައްކަތް ކުރަންޖެހޭ ނުވަތަ އުޅެންޖެހޭ ގޮތާ އެއްގޮތަށް. –ކ. 1. ރަނގަޅުކުރުން. 2. ބަދަލުގެނެސްގެން ހަމަތަކަކަށް ފެއްތުން. 3. މީހެއްގެ ކިބައިގައި ހުރި ގޯސް ކަންތައްތަކެއް ދެއްކުން. ކުށަކަށް މީހަކަށް އަދަބުދިނުން. ކއ. correctly. ނ. correctness. ނ. corrector.
correctionކަރެކްޝަން. ނ. 1. ރަނގަޅު ކުރުމުގެ ޢަމަލު. 2. ރަނގަޅު ކުރުމަށްޓަކައި އެއްޗަކަށް ގެނައި ބަދަލު.
correctiveކަރެކްޓިވް. ނއ. 1. ނުބައި ނުވަތަ ގެއްލުންދޭ އެއްޗެއް ރަނގަޅު ކުރާ. –ނ. އޭގެ ސަބަބުން ރަނގަޅު ކުރާ އެއްޗެއް.
correlateކޯރިލެއިޓް. ކ. 1. ނިޒާމީ ގޮތަކަށް ދެ އެއްޗެއް އަޅާކިޔުން ނުވަތަ ގުޅޭގޮތް ބެލުން. 2. ދެ އެއްޗެއް ހަމަތަކެއްގެ މަތިން ގުޅިގެންވުން. ނ. correlation. ނއ. correlative.
correspondކަރިސްޕޮންޑް. ކޯރެސްޕޮންޑް. ކ. 1. އެއްބަސްވެގެން ނުވަތަ އެކުމުުތުވެގެން ވުން. މ. އަހުރެން އޭނާ އާ ބެހޭ ގޮތުން އަޑުއެހި ވާހަކަ، ތި ބުނި އެއްޗަކާ ކަރިސްޕޮންޑް ވެއެވެ. 2. އެއްގޮތް ނުވަތަ ވައްތަރުވުން 3. އެކަކު އަނެކަކަށް ސިޓީ ފޮނުވުން.
correspondenceކަރިސްޕޮންޑެންސް. ކޯރެސްޕޮންޑެންސް. ނ. 1. އެކުމުތުވެގެންވާ ވުން. ގުޅިގެންވުން ނުވަތަ ވައްތަރުވުން. 2. ސިޓީބިޓީ ފޮނުވައިގެން މުޢާޞަލާތް ކުރުން. މިގޮތަށް ފޮނުވާ ސިޓީތައް. correspondence course ޕޯސްޓުން ލިޔެކިޔާ ތަކެތި ފޮނުވައިގެން ހިންގާ ކޯސް.
correspondentކަރިސްޕޮންޑެންޓް. ކޮރެސްޕޮންޑެންޓް. ނ. 1. ސިޓީ ލިޔާ މީހެއް. 2. ޚަބަރާއި ރިޕޯޓްތައް އެކުލަވާލައި ނޫހަށާއި ރޭޑިއޯފަދަ ތަންތަން ފޮނުވަން ވަޒީފާގައި އުޅޭ މީހެއް.
corridorކޮރިޑޯރ. ނ. 1. ބިނާއެއްގައި ނުވަތަ ރޭލެއްގައި ދެފަރާތުގައި ކޮޓަރި ނުވަތަ ވަތް ހުންނަ ހަނި ގޯޅިގަނޑެއް. 2. އެހެން ޤައުމެއްގެ ތެރެއިން ލާފައި ގޮސް އޮންނަ އަމިއްލަ ޤައުމުގެ ހަނި ބިމެއް.
corrigendumކޮރިޖެންޑަމް. ނ. ކުށެއް ޚާއްޞަކޮށް ޗާޕުކުރި ފޮތެއްގައިވާ ކުށެއް. މިފަދަ ކުށްތަކުގެ ރަނގަޅު ގޮތް ވަކި ޞަފުޙާތަކެއްގައި ފޮތުގައި ބައެއް ފަހަރު ހިމެނެއެވެ.
corroborateކޮރޮބޮރެއިޓް. ކ. ކަމަކަށް ބާރުއަޅާ އިތުރު ހެކި ދިނުން ނުވަތަ ހޯދުން. ނ. corroboration. ނއ. corroborative. ނއ. corroboratory.
corrodeކޮރޮއުޑް. ކ. ކެމިކަލް އަސަރުން ހަލާކުވެގެން ނުވަތަ ކެވިގެން ދިއުން. މ. ދަބަރުން ދަގަނޑު ކޮރޮއުޑް ވެއެވެ. ނ. corrosion. ނއ. corrosive.
corrugatedކޮރުގެއިޓިޑް. ނއ. އާދައިގެ ޓިނުހެން އުސް އަދި އަޑި މަގުތަކެއް ލާފައިވާ.
corruptކޮރަޕްޓް. ކ1. 1. ތެދުވެރިނޫން ގޮތަކަށް، ޚާއްޞަކޮށް ފައިސާ ހޯދުމަށް، މަޤާމު ނުވަތަ ބާރު ބޭނުން ކުރާ. ރިޝްވަތު ހިފާ. ތެދުވެރިނޫން. 2. އަޚްލާޤީ ގޮތުން ގޯސް. ފާސިދު. ޚަރާބު. 3. ހަލާކުވަމުން މުޑުދާރުވަމުން ދިއުން. –ކ. 1. ކޮރަޕްޓް ކުރުން ނުވަތަ ވުން. 2. ޚަރާބުކޮށްލުން. މުޑުދާރުކޮށްލުން. ގަޑުބަޑުކޮށްލުން. ނ. corruption.
corruptibleކޮރަޕްޓިބްލް. ނއ. ފާސިދުކޮށްލެވޭނޭ. ނ. corruptibility.
corsairކޯސެއަރ. ނ. 1. ކަނޑުފޭރޭ މީހެއް. 2. ކަނޑުފޭރޭ ނަވެއް.
corsetކޯސެޓް. ނ. އަންހެނުން ހެދުމުގެ އަޑިންލާ ވަނާތައް ފާޅުކުރާ ނުވަތަ ޞިއްޙީ ސަބަބުތަކަށްޓަކައި ލާ އެއްޗެއް.
corseti è reކޯސިޓިއަރ. ނ. ކޯސެޓްކިޔާ އަންހެނުން ހެދުމުގެ ތެރެއިން ލާ އެއްޗެއް ހަދާ ނުވަތަ ހެޔޮވަރުކުރާ އަންހެނާ.
cort è geކޯޓޭޒް. ކޯޓޭޖް. ނ. ސަންދޯކެއްގެ ފަހަތުން މަޑުން ކުރިއަށްދާ މީހުން ނުވަތަ އުޅަނދުގެ ސަފެއް.
cortexކޯޓެކްސް. ނ. 1. އެއްޗެއްގެ ބޭރުގައިވާ ދުލި. މ. އޮފިކޮޅެއްގައި ނުވަތަ ކިޑްނީގައި. 2. ސިކުނޑީގައި އަޅިކުލައިގައި ހުންނަ ބައި. ނއ. cortical.
cortisoneކޯޓިޒޯން. ނ. އެޑްރީނަލް ގުނަވަނުން އުފައްދާ ހޯމޯނެއް. މި ލެބޯރަޓަރީގައި ވެސް އުފައްދައެވެ. ބޭނުންކުރަނީ ހުޅުހުޅުގައި ރިއްސުމުން ބޭހަކަށެވެ.
corvetteކޯވެޓް. ނ. މުދާ އުފުލާ ބޯޓު ހިމާޔަތްކުރަން ބޭނުން ކުރާ. ބާރަށް ދުވާ ކުޑަ މަނަވަރެއް.
cosކޮސް. ނ. ފަތްތައް ދިގުކޮށް ހުންނަ ކިރުކޮޕީގެ ބާވަތެއް. ފަތްދިގުކޮޕީ.
cosކޮޒް. ކުރުކޮށް because.
coshކޮޝް. ނ. ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރާ ބަރު ދަގަނޑު ބުރިއެއް ނުވަތަ މުގުރުބުރިއެއް. –ކ.ކޮޝް އަކުން މީހެއްގެ ބޮލުގައި ޖެހުން.
cosineކޮސައިން. ނ. ވަޑިފަތި ކަނެއްވާ ތިނެސްކަނެއްގެ ކުޑަ ކަނެއްގައި ޖެހިފައިވާ ބިތެއްގެ ދިގުމިން، އެންމެ ދިގު ބިތުގެ ދިގުމިނުގެ ނިސްބަތުން ބަލާއިރު ހުންނަ ވަރު.
cosmeticކޮސްމެޓިކް. ނ. 1. ޒީނަތްތެރިވުމަށް ޚާއްޞަކޮށް މޫނު ނަލަކުރުމަށް ބޭނުންކުރާ އެއްޗެއް. –ނއ. ފެންނަ ފެނުން ނުވަތަ ރީތިކަން އިތުރުކުރުމާ ބެހޭ. ރީތިވުމާ ބެހޭ. ނަލަވުމާ ބެހޭ. މ. ކޮސްމެޓިކް ސާރޖަރީ.
cosmicކޮޒްމިކް. ނއ. ކައުނަށް ނިސްބަތްވާ. cosmic rays ކައުނުން ދުނިޔެ ތެރެއަށް ވަންނަ ބާރުގަދަ ލޮލަށް ނުފެންނަ އިލެކްޓްރިކް ރާޅުތައް.
cosmonautކޮސްމޮނޯޓް. ނ. ރަޝިޔާގެ އެސްޓްރޮނޯޓެއް.
cosmopolitanކޮސްމޯޕޮލިޓަން. ނއ. 1. ދުނިޔޭގެ އެތައް ތަނަކަށް ނިސްބަތްވާ. އެތައް ޤައުމެއްގެ މީހުން ހިމެނޭ. މ. ލަންޑަނަކީ ކޮސްމޯޕޮލިޓަން ސަހަރެކެވެ. 2. ޤައުމީ ތަޢައްޞުބެއް ނެތި، ހުރިހާ ޤައުމެއްގައި ވެސް ހިތްހަމަޖެހޭ. މ. ކޮސްމޯޕޮލިޓަން ނަޒަރު. –ނ. މިފަދަ ސިފަ ހުންނަ މީހެއް.
cosmosކޮޒްމޮސް. ނ. ހެއްދެވި މުޅި އާލަމް. ކައުނު.
cosmosކޮޒްމޮސް. ނ. އެކި ކުލައިގެ މައު އަޅާ ތިރީގައި ހެދޭ ބަގީޗާ ގަހެއް.
Cossackކޮސެކް. ނ. އަސްދުއްވުމަށް މަޝްހޫރު ދެކުނު ރަޝިޔާއާގެ ބައެއް. Cossack hat މައްޗަށް ފަލަ ކެހެރި ތާކިހަލެއް.
cossetކޮސިޓް. ނ. މީހަކު ވަނީ އަރާމުގައިތޯ އާއި އޭނާ އުނދަގޫތަކުންނާއި ހިތްހަމަނުޖެހުންތަކުން އެއްކިބާ ކުރުމަށް ވަރަށް ސަމާލުކަން ދިނުން. ހަންހާރަކުރުން.
costކޯސްޓް. ނ. 1. އެއްޗެއްގެ އަގުގެ ގޮތުގައި ދޭ މިންވަރު. 2. ކަމެއް ކުރުމަށް ދާ މަސައްކަތާއި ވަގުތު. ކަމެއް ޙާޞިލްކުރުމަށްޓަކައި ކުރި ޚަރަދު ނުވަތަ ވީ ގެއްލުން.–ކ. 1. ވަކި އަގެއްގައި އެއްޗެއް ލިބެން ހުރުން. 2. ވަކި ޚަރަދެއް ނުވަތަ މަސައްކަތެއް ކުރަން ޖެހުން. 3. ޚަަރަދު އަންދާޒާކުރުން. މ. costing clerk ކަމަކަށް ހިނގާނޭ ޚަރަދު އަންދާޒާކުރާ މުވައްޒަފެއް. at all costs ކޮންމެ އަގެއް ދިޔަޔަސް. at cost ލިބުނު އަގުގައި. cost accountant ހިނގާ ޚަރަދު ހިސާބުކުރާ އެކައުންޓެންޓް އެއް. cost-effective ނއ. ހިނގާ ޚަރަދާ އަަޅާބަލާއިރު ލިބޭ ނަފާ ރަނގަޅު. cost of living ތަނެއްގެ ދިރިއުޅުމުގެ ޢާއްމު ޚަރަދު. cost price ވިއްކަން ގަންނަ އެއްޗެއް ލިބުނު އަގު. costs ކޯޓެއްގައި ކަމެއް ނިންމުމަށް ދާ ޚަރަދު. to one’s cost ހިތި ތަޖުރިބާތަކެއް ހިމެނޭ.
co-starކޯ-ސްޓާރ. ނ. ތަމްސީލެއްގައި ނުވަތަ ފިލްމެއްގައި އެހެން އެކްޓަރަކާ އެއްފަދަ މުހިއްމު އެކެްޓަރެއް.
Costa Ricaކޮސްޓާ ރިކާ. މެދުތެރޭ އެމެރިކާގައިވާ ޤައުމެއް.
costermongerކޯސްޓަރމަންގަރ. ނ. ގާޑިޔަލަކަށް އަޅައިގެން މަގުގައި މޭވާ ވިއްކާ މީހެއް.
costlyކޮސްޓްލީ. ނއ. އަގު ބޮޑު. ބޮޑު ޚަރަދެއް ހިނގާ.
costumeކޮސްޓިއުމް. ނ. 1. ވަކި ކަމަކަށް، ވަކި ދައުރަކަށް ނުވަތަ ތަނަކަށް ނިސްބަތްވާ ހެދުން. ކަމަކާ ގުޅޭ ހެދުން. 2. ތަމްސީލެއް ކުޅޭއިރު މީހުން އަޅާ ހެދުން. costume plays ތާރީޚީ ހެދުން އަޅައިގެން ގުޅޭ ތަމްސީލު. costume jewellery އަގުހެޔޮ ތަކެތިން ހަދައިފައި ހުންނަ ގަހަނާ.
cosyކޮއުޒީ. ނއ. ހިތްފަސޭހަ ވެފައި އަރާމު. މ. ކޮއުޒީ ކޮޓަރިއެއް - ކުޑަ ކޮޓަރިއެއް ފިނިހޫނު މިން ހެޔޮވަރަށް ހުރުމާއެކު އަރާމު. –ނ. ކެއްކި ބިހެއް ނުވަތަ ސައި ފޯންޗެއް ހޫނުކޮށް ބެހެއްޓުމަށް އެއަށް ފައްތާ ފޮތި އުރައެއް. ކއ. cozily. ނ. cosiness.
cotކޮޓް. ނ. ކުޑަކުދިން ނިދާ އެނދު. މި ތައްޔާރުކޮށްފައި ހުންނަނީ ކުދިން އޭގެމަތިން ނުވެއްޓޭގޮތަށް އުސް ފަޑިއާއެކު އެވެ. cot-death ސަބަބު ނޭނގި ނިދާފައި ތިބޭ ކުޑަކުދިން މަރުވުން.
coterieކޯޓަރި. ނ. އެހެން މީހުންނަށް ބައިވެރިނުވެވޭ ޚާއްޞަ ގުރޫޕެއްގެ މީހުން.
cotoneasterކޮޓޮއުނިއެސްޓަރ. ނ. ރަތްކުލައިގެ އޮށްތަކެއް އަޅާ ބަގީޗާ ގަހެއް.
cottageކޮޓިޖް. ނ. ސަހަރުން ދުރު ހިސާބުގައިވާ ކުޑަ އާދައިގެ ގެއެއް. cottage cheese ހުދު މަޑު ޗީޒްއެއް. މި ތައްޔާރުކުރަނީ ނުފިއްތައެވެ. cottage industry އާމްދަނީއެއް ހޯދުމަށް ގޭގައި ކުރެވޭ ޒާތުގެ މަސައްކަތް. މި. ފެހުން. ވިޔުން. cottage loaf ދެބަޔަކަށް އުފުލިފައި ހުންނަ ވައް ޕާނެއް. cottage piano ކުޑަ މޭޒުނޫން ގޮތަށް ހުންނަ ޕިއާނާ. cottage pie މުގުރި ގެރި މަހުގެ މައްޗަށް މުގުރި އަލުވި އަޅައިގެން ހަދާ ކާނާއެއް. cottage suite ތިން ވަކި ގޮނޑި ހުންނަ ސޯފާ ސެޓެއް.
cottagerކޮޓިޖަރ. ނ. ކޮޓިޖް އެއްގައި އުޅޭ މީހެއް.
cottonކޮޓުން. ނ. 1. ހޫނު ހިސާބުގައި ހެދޭ ގަހެއްގެ އޮށުގެ ވަށައިގެން ހުންނަ ނަރު. ކަފަ. 2. މި ގަސް. 3. މިއިން ތައްޔާރުކުރާ އުއި. 4. މިއިން ތައްޔާރުކުރާ އުއީގެ ފޭރާން. –ކ. cotton on ނުރަސްމީ ބަހުރުވައިން ދެތުން. cotton wool ބާލީހަށް ލެއްވުމަށް ފަދަ ކަންކަމަށް ހުންނަ އުއި ނާނބުރާ ކަފަ.
cottonyކޮޓުނީ. ނއ. ކަފަ އާ ވައްތަރު. އުއި އާ ވައްތަރު.
cotyledonކޮޓިލީޑަން. ނ. އޮށުން ފަޅާ ފުރަތަމަ ފަތް.
couchކައުޗް. ނ. 1. ސޯފާ ވައްތަރުގެ ގޮނޑިއެއް. މިގޮޑީގައި އުސްކޮށް ހުންނާނީ އެއްކޮޅެވެ. އަދި ބުރަކަށި ޖައްސާބައި ހުންނާނީ ދިގު މިނުގެ ދެބައިކުޅަ އެއްބަޔަށެވެ. 2. ސޯފާއެއް ނުވަތަ ސެޓީއެއް. 3. ޑޮކްޓަރުން ބަލިމީހުން ބަލަން ބާއްވާ ބާވަތެއްގެ އެނދެއް. –ކ. ބާވަތެއްގެ ލަފުޒުތަކަކުން އެކުލަވައިލުން. މ. ތި އެދުން ވަރަށް އަދަބުވެރި ޢިބާރާތުން ކައުޗް ކުރައްޗެވެ.
couchetteކުޝެޓް. ނ. އޮޑިއެއްގެ ނުވަތަ ރޭލެއްގައި މައްޗަށް މަޅާލެވޭ ގޮތަށް ހުންނަ އެނދެއް. މިފަދަ އެނދު އިށީންނަ ގޮނޑިއަށް ވެސް ބަދަލުކޮށްލެވެއެވެ.
couch-grassކައުޗް-ގްރާސް. ނ. ދިގު މޫތަކެއް ހުންނަ ވިނައެއް.
cougarކޫގަރ. ނ. 1. ޔޫ.އެސް. ގައި ވާހަކަ ދައްކާ ބަހުރުވައިން ވަލު މިނިކާވަގު ބާވަތުގެ ހައިވާނެއް. 2. ނުރަސްމީ ބަހުރުވައިން ޒުވާން ފިރިހެނުންނާ ޖޯޑުވާ މުސްކުޅި އަންހެނެއް.
coughކަފް. ކ. 1. ކުއްލި ގޮތަކަށް ފުއްޕާމެއިން އަޑަކާއެކު ވައި ބޭރުކުރުން. ކެއްސުން. 2. ނުރަސްމީ ބަހުރުވައިން މަޢުލުމާތު ހާމަކުރުން. –ނ. 1. ކެއްސުމެއް ނުވަތަ އެކަމުގެ އަޑު. 2. ގިނައިން ކެއްސާ ބައްޔެއް. cough up ނުރަސްމީ ބަހުރުވައިން މަޢުލޫމާތު ހާމަކުރުން. ނުދޭހިތުން ހުރެ ފައިސާ ދިނުން.
couldކުޑް. (އޮގްޒިލިއަރީ) ކަން. 1. ފާއިތުވެފައިވާ ޒަމާނަށް ނިސްބަތް ކޮށް can. 2. ކަމެއް ކުރާހިތް ވުން. މ. I could laugh for joy – އަހުރެންނަށް އުފަލުން ހެވިދާނެއެވެ. could be ވެދާނެ. މ. he could have been delayed އޭނާއަށް ދެވުން/އައުން ލަސްވެފައި ވެދާނެއެވެ (ވެދާނެ ގޮތެއް).
couldn’tކުޑްންޓް. = ކުރުކޮށް could not.
councilކައުންސިލް. ނ. 1. ކަމަކަށް އިރުޝާދުދޭން ނުވަތަ މަޝްވަރާކުރަން ނުވަތަ ހިންގުމަށް އެއްވާ ޖަމާޢަތެއް. 2. ސަހަރެއްގެ ކުނި ނައްތާލު ން ފަދަ ސަހަރަކާ ބެހޭ ކަންކަން ހިންގާ އިންތިޚާބު ކުރެވޭ މީހުންގެ ޖަމާޢަތެއް. council house/flat/apartment ކައުންސިލަކަށް މިލްކުވެރި އަދި އެތަނުން ސަހަރެއްގެ ބަޔަކު ދިރިއުޅެން ކުއްޔަށް ދޫކުރާ ތަންތަން. council estate ކައުންސިލަކަށް ނިސްބަތްވާ ގެތަކެއް ހުރި ސަރަޙައްދެއް.
councillorކައުންސިލަރ. ނ. ކައުންސިލެއްގެ މެންބަރެއް.
counselކައުންސެލް. ނ. 1. ނަސޭހަތް. އިރުޝާދު. 2. ޤާނޫނީ ކަމަކާ ލަފާދޭ ވަކީލެއް ނުވަތަ އެފަދަ ބައެއްގެ ޖަމާޢަތެއް. –ކ. ނަސޭހަތް ދިނުން. އިޖްތިމާޢީ މައްސަލަތަކުގައި ފަންނީ އިރުޝާދު ދިނުން. a counsel of perfection ފަންނީ ގޮތުން މޮޅު، ޢަމަލީ ގޮތުން ކަމުނުދާ ނަސޭހަތް. keep one’s own counsel އަމިއްލަ ރޭވުންތަކާއި ޚިޔާލުތައް ފާޅުނުކުރުން. take counsel with މީހެއްގެ ނަސޭހަތް ހޯދުން.
counsellorކައުންސެލަރ. ނ. 1. މީހުންގެ މައްސަލަތައް އަޑުއަހައި ނަސޭހަތް ދިނުމަށް ތަމްރީނު ލިބިފައިވާ މީހެއް. 2. ކޭމްޕްތަކުގައި ކުޑަކުދިންނާ ޙަވާލުވެެގެން ހުންނަ މީހާ. 3. ޔޫ.އެސް. ގައި ޤާނޫނީ ވަކީލެއް.
countކައުންޓް. ކ. 1. ޖުމުލަ ޢަދަދު ހޯދުން. ގުނުން. ވިޔަކުރުން. 2. ތަރުތީބުން ޢަދަދުތައް ކިޔުން ނުވަތަ ނަން ބުނުން. 3. ގުނުމެއްގައި ހިމެނުން ނުވަތަ ހިމެނިގެންވުން. 4. މުހިއްމުވެގެން ވުން. ގުނުމުގައި ހިމަނަންޖެހޭ ވަރަށް މުހިއްމުވުން. ނ. 1. ގުނުމެއް. ހިސާބެއް ކުުރުން. 2. ޖުމުލައެއް. ގުނަމުން ގޮސް އެންމެ ފަހު ޢަދަދު. 3. ވިސްނަމުންދާ ނުކުތާ ތަކުގެ ތެރެއިން އެއް ނުކުތާ. ކުށްވެރިވާ ކަންތައްތަކުގެ ތެރެއިން އެއްކަން. count down ރޮކެޓެއް ފޮނުވާލާއިރު ހެން ފަހަތުން ގުނަމުން ފެށުމަށް އައުން. count-down މިގޮތަށް ގުނާ ގުނުން. count in ގުނުމުގައި ހިމެނުން. count on ބަރޯސާ ކުރެވުން، އިތުބާރު ކުރެވުން. count one’s chickens before they are hatched ކަމެއް ކާމިޔާބުވުމުގެ ކުރިން ވާނެކަމަށް ބެލުން. count out ބޮކްސިންގައި ވެއްޓުމުން ދިހައަކަށް ގުނާ ގުނުން. count up ޖުމުލަ ހޯދުން. out for the count ބޮކްސިންގ ގައި ވެއްޓިފައިވާ މީހާއަށް ދިހައަކަަށް ގުނާނިމުނު އިރު ނުތެދުވުމުން ބަލިވުން. ނުރަސްމީ ބަހުރުވައިން ހަލާކުވެފައި ވުން. take the count ބޮކްސިންގައި ބަލިވުން.
countކައުންޓް. ނ. ޔޫރަޕުގެ ބައެއް ފިރިހެނުންނަށް ދެވޭ ލަޤަބެއް.
countableކައުންޓަބްލް. ނއ. ގުނޭ (ތަކެތި މ. އިސްކުރު).
countenanceކައުންޓެނަންސް. ނ. 1. މީހެއްގެ މޫނު މަތިން ފެންނަ ހިނިތުންވުން، ރުޅި ފަދަ ޖަޒުބާތުތައް. 2. ރުހޭކަމުގެ އަސަރެއް. މ. އޭނާ އެ ކިޔުމަކީ އެ ރޭވުމަށް ލިބޭ ކައުންޓެނަންސް އެކެވެ. –ކ. ކަމަކަށް ހުއްދަ ދިނުން.
counterކައުންޓަރ. ނ. ތަކެތި ގަނެ ވިއްކުމާއި ޚިދުމަތް ދިނުމުގައި ބޭނުންކުރާ މޭޒެއްފަދަ ހަމަ ތަނެއް. 2. މޭޒުމަތީ ކުޅޭ ކުޅިވަރުތަކުގައި ޕޮއިންޓްތައް ރެކޯޑް ކުރަން ގެންގުޅޭ އާލާތެއް. 3. ގުނުމަށް ބޭނުންކުރާ އެއްޗެއް. under the counter ސިއްރުން ގިނަ ފަހަރު ޤާނޫނާ ޚިލާފަށް (ތަކެތި ވިއްކުމާއި ގަތުމުގައި).
counterކައުންޓަރ. ކއ. އިދި ދިމާއިން. އިދިކޮޅަށް. –ކ. އިދި ޢަމަލަކުން ބަލިކުރުން ނުވަތަ ހިފެހެއްޓުން.
counteractކައުންޓަރރެކްޓް. ކ. އިދި ކަމެއް ކޮށްގެން ނުވަތަ އިދި އަސަރަކުން އެއްޗެއްގެ އަސަރު ކުޑަކުރުން ނުވަތަ ނައްތައިލުން. ނ. counteraction.
counter-attackކައުންޓަރ-އެޓެކް. ނ. ހަމަލާދީފައިވާ ޢަދާވާތްތެރިއަކާ އިދިކޮޅަށް ދޭ ހަމަލާ. –ކ. މިފަދަ ހަމަލާއެއް ދިނުން.
counterbalanceކައުންޓަރބެލެންސް. ނ. އެއްޗެއްގެ ބާރު ނުވަތަ ނުފޫޒު މަތަކުރުމަށް، އެއްވަރުގެ ނަމަވެސް އިދި އަސަރެއް ހުންނަ އެއްޗެއް.
counterblastކައުންޓަރބްލާސްޓް. ނ. އިދިކޮޅަށް އެއްޗެހިގޮވުމުން އޭގެ ބަދަލުގައި ދޭ ވަރުގަދަ ޖަދަލެއް ނުވަތަ އިޖާބައެއް.
countercheckކައުންޓަރޗެކް. ނ. އެއްޗެއްގެ ހިނގުން ހިފަހައްޓާ ހުރަހެއް ނުވަތަ އެހެން އެއްޗަކާ އިދިކޮޅަށް މަސައްްކަތް ކުރާ އެއްޗެއް.
counter-claimކައުންޓަރކްލެއިމް. ނ. އެއްޗެއް ހޯދުމަށް ޝަކުވާ ނުވަތަ ދަޢުވާ ކުރުމުން، ލިބިގަންނަ ފަރާތުން ކުރާ ބަދަލު ޝަކުވާއެއް ނުވަތަ ދަޢުވާ.
counter-espionageކައުންޓަރއެސްޕިއަނާޖް. ނ. ޤައުމެއްގެ ސިޔާސީ، މިލިޓަރީ (ސިފައިންނާ ބެހޭ) އަދި އިންޑަސްޓްރީ އާ ބެހޭ ސިއްރުތައް ހޯދުމަށް އެހެން ޤައުމަކުން ޖާސޫސްކޮށްފާނެތީ އަޅާ ސިއްރު ފިޔަވަޅު.
counterfeitކައުންޓަރފީޓް. ކައުންޓަރފިޓް. ނއ. ނަހަމަ ބޭނުމެއް ކުރުމަށްޓަކައި އަޞްލު އެތީގެ ސިފަޖަހާ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެއް. ތަޒުވީރު. ނަގުލީ މ. ފައިސާ.
counterfoilކައުންޓަރފޮއިލް. ނ. ރެކޯޑެއްގެ ގޮތުގައި ބޭއްވުމަށް ޗެކެއް ނުވަތަ އެހެންވެސް ރަސީދެއްގެ ވަކިކޮށްލެވޭ ބައި.
counter-intelligenceކައުންޓަރ-އިންޓެލިޖެންސް. ނ. ޖާސޫސުކުރަމުންދާ ފަރާތަކާއި އިދިކޮޅަށް ޖާސޫސްކުރުން.
countermandކައުންޓަރމެއިންޑް. ކ. އޯޑަރެއް ނުވަތަ އެންގުމެއް ބާޠިލްކޮށްލުން.
countermarchކައުންޓަރމާރޗް. ކ. ކުރިން މާރޗް ކުރި ދިމާއާ އިދިކޮޅަށް މާރޗްކުރުން.
countermeasureކައުންޓަރމެޜަރ. ނ. ނުރައްކަލެއް ދާފަރާ ކުރަން އަޅާ ފިޔަވަޅު ނުވަތަ ޢަމަލު.
counter-offensiveކައުންޓަރ-އޮފެންސިވް. ނ. ވަރުގަދަ ބަދަލު ޙަމަލާއެއް.
counterpaneކައުންޓަރޕޭން. ނ. އެނުގައި ފަތުރާ ފޮތިގަނޑެއް.
counterpartކައުންޓަރޕާރޓް. ނ. އެހެން މީހަކާ ނުވަތަ އެއްޗަކާ އެއްފަދަ ވެގެންވާ އެހެން މުއައްސަސާއެއްގައި ނުވަތަ ތަނެއްގައިވާ މީހެއް ނުވަތަ އެއްޗެއް.
counterpointކައުންޓަރޕޮއިންޓް. ނ. 1. އެހެން މެލަޑީއަށް އިތުރަށް ހިމަނާ މެލަޑީއެއް. 2. ހަމަތަކެއްގެ މަތިން މެލަޑީތައް އެއްކުރުން.
counterpoiseކައުންޓަރޕޮއިޒް. ނ. counterbalance އާ އެއް މާނައެއް. ބަލާ އެ ލަފުޒު. –ކ. ކައުންޓަރބެލެންސް ކުރުން.
counter-productiveކައުންޓަރޕްރޮޑަކްޓިވް. ނއ. ހީކުރި އަސަރާ އިދި އަސަރު ނުކުންނަ. އެދޭ ގޮތާ ޚިލާފު ނަތީޖާ ނުކުންނަ.
Counter-Reformationކައުންޓަރ-ރިފޮމެއިޝަން. ނ. ނަޞާރާ ދީނުގެ ބައެއް މީހުން އެ ދީން އިޞްލާޙު ކުރުމުން، އެކަމާ ގުޅިގެން ރޯމުގެ ފާދިރީން އެ ދީނަށް ގެނައި އިޞްލާޙުތައް.
countersignކައުންޓަރސައިން. ނ. ޕާސްވާޑެއް. –ކ. ޞައްޙަ ކުރުމަށް ލިޔުމެއްގައި އެހެން މީހަކު ސޮއިކުރުން.
countersinkކައުންޓަރސިންކް. ނ. އިސްކުރުގެ ބޯ ވެއްދުމަށް ޖަހާއެތިން ބޮލަށް ކެނޑުން. ބޮލަށްކަނޑާ އިސްކުރު ޖެހުން.
countervailކައުންޓަރވެއިލް. ކ. 1. ކައުންޓަރބެލެންސް ކުރުން. 2. ފައިދާ/ބޭނުން ފަދަކަމެއް މިގޮތަށް ހަމަހަމަކުރުން.
counterweightކައުންޓަރވެއިޓް. ނ. އެއްޗަކުން ކުރާ ބާރު ތިލަފަތްކުރުމަށްޓަކައި ބޭނުންކުރާ އެހެން އެއްޗަކާ ބުރަދަން އެއްވަރު ބަރެއް. މ. ބައެއް ލިފްޓުގެ ކާރުގެ ބަރުދަނާ އެއްވަރުގެ ބަރެއް ލިފްޓްގައި ހަރުކޮށްފައި ހުރެއެވެ. –ކ. ކައުންޓަރވެއިޓް އެއް ހަރުކުރުން. މަޖާޒީގޮތެއްގައި ނުފޫޒުވެސް މިގޮތަށް ހަމަހަމަކުރުމަށް މި ލަފުޒު ބޭނުން ކުރެއެވެ.
countessކައުންޓަސް. ނ. 1. ކައުންޓް އެއްގެ ލަޤަބު ލިބިފައިވާ އަންހެނެއް. 2. ކައުންޓް އެއްގެ އަނބިމީހާ ނުވަތަ ކައުންޓް އެއްގެ ހުވަފަތްވެފައިވާ އަނބިމީހާ.
countlessކައުންޓްލަސް. ނއ. ޢަދަދުކުރެވޭ ވަރަށް ވުރެ ގިނަ. ވިޔަނުކުރެވޭހާ.
countrifiedކަންޓްރިފައިޑް. ނއ. ރަށްފުށުގެ ސިފަތައް ހުންނަ ގޮތް ހަދައިފައިވާ. ރަށްފުށުގެ ދިރިއުޅުމުގެ ގޮތްތައް ގެނެސްފައިވާ. މ. ސައިހޮޓަލެއް.
countryކަންޓްރީ. ނ. 1. ޤައުމު. ޤައުމު ހިމެނޭ ސަރަޙައްދު. 2. ދަނޑުފަނގު ގިނަ ގެ މަދު މީސްކޮޅު މަދު ސަރަޙައްދު. 3. ވަކި ބާވަތެއްގެ ސިފަ ހުންނަ ސަރަޙައްދެއް. މ. ހިލް ކަންޓްރީ- ފަރުބަދަތައް ގިނަ ސަރަޙައްދު. 4. country-and-western ބަލާ. across country މުޅިން މަގުތަކުން ދިއުމުގެ ބަދަލުގައި ދަނޑުތައް ހުރަސްކޮށް. މ. ރޭހެއް ޖަހާއިރު. country-and-western ގިޓާފަދަ މިޔުޒިކް ސާމާނު ބޭނުންކޮށްގެން ކިޔާ ރަށްފުށު ލަވަ. country dance ދެ ސަފަށް ފިރިހެނުންނާއި އަންހެނުން ތިބެގެން އިނގިރޭސިވިލާތުގެ ރަށްފުށުގައި ނަށާނެށުމެއް. co to the country ޢާއްމު އިންތިޚާބެއް ބާއްވައިގެން ޢާއްމުން ކަމަކާ ދެކޭ ގޮތް ބެލުން.
countrymanކަންޓްރިމަން. ނ. 1. ސަހަރަކަށް ނުހިމެނޭ މީސްކޮޅު މަދު ދަނޑުފަނގު ގިނަ ހިސާބުތަކުގައި ދިރިއުޅޭ މީހެއް. 2. މީހެއްގެ ޤައުމަށް ނިސްބަތްވާ އެހެން މީހެއް. ނ.countrywoman .
countrysideކަންޓްރީސައިޑް. ނ. ކަންޓްރީގެ 2 ވަނަ މާނައިގައި ހިމެނޭ ދަނޑުބިން ގިނަ މީސްކޮޅު މަދު ސަރަޙައްދުތައް. ރަށްފުށް.
countyކައުންޓީ. ނ. 1. ޤައުމެއް ސަރަޙައްދީ ސަރުކާރުތައް ހިންގުމަށް ބައިކުރެވޭ މައިގަނޑު ބައިތަކުން ބައެއް. 2. މިފަދަ ސަރަޙައްދެއްގައި ދިރިއުޅޭ މީހުން. 3. މިފަދަ ސަރަޙައްދެއްގައި އުޅޭ އިޖްތިމާޢީގޮތުން މަތީ ފެންވަރުގެ އާއިލާތައް. country court މަދަނީ މައްސަލަތައް މިފަދަ ދާއިރާތަކުގެ ކޯޓު.
coupކޫ. ނ. ބާރު ހޯދުމަށް ނުވަތަ ބޭނުން ނަތީޖާއެއް ނެރުމަށް ކުރާ ކުއްލި ޢަމަލެއް.
coup de gr â ceކޫޑެގްރާސް. ނ. ނުބައިވަމުންދާ ކަމެއް ނިމުމަކަށް ގެންނަ ޢަމަލެއް. ގަދަނުވާނޭ އަނިޔާ ލިބިފައިވާ ޖަނަވާރެއް/މީހެއްގެ މުޞީބާތު ނިމުމަކަށް ގެނައުމަށް ޖަހާ ޖެހުން ނުވަތަ މަރާލާ މަރާލުން.
coup d’étatކޫޑޭޓާ. ނ. ޤާނޫނީ ހަމަތަކުން ބޭރުން ސަރުކާރެއް ބަދަލުކޮށްލުން.
coupéކޫޕޭ. ނ. ފަހަތު ކޮޅު ކައްޗަށް އޮންނަ ދެ ދޮރުފަތްލީ މަތި ހިޔާކޮށްފައިވާ ކާރެއް.
coupleކަޕްލް. ނ. 1. ދެ މީހުން ނުވަތަ އެއްްޗެއް އެކަތީގެ ގޮތުގައި. 2. ކައިވެނިކޮށްގެން އުޅޭ ނުވަތަ އިންނަށް އުޅޭ ދެމީހުން އެއްބައެއްގެ ގޮތުގައި. 3. ޑާންސް ކުރާ ދެމީހުން އެކެއްގެ ގޮތުގައި. –ކ. 1. ދެ އެއްޗެއް ގުޅުވުން ނުވަތަ ބަނުން. 2. ޖޯޑުވުން.
coupletކަޕްލިޓް. ނ. އެއް ވަޒަނަކަށް ވާ ޅެމުގެ ދެފޮޅުވަތް. ބައިތެއް.
couplingކަޕްލިން. ނ. ދެ އެއްޗެއް، މ. ދެ ރޭލުގެ ކެރިޖް، ގުޅުވާ އެތި.
couponކޫޕަން. ނ. 1. ޓިކެޓަކުން ނުވަތަ ލިޔުމަކުން ވަކިކޮށްލެވޭ ބައެއް. ފައިދާ އެއް ލިބިގަތުމަށް ނުވަތަ އެއްޗަކަށް އެދި ފޯމެއް ހުށަހެޅުމަށް މި ބައި ބޭނުން ކުރެވެއެވެ. 2. މުބާރާތެއްގައި ބައިވެރިވުމަށް ބޭނުންކުރާ ބާވަތެއްގެ ފޯމެއް.
courageކަރިޖް. ނ. އުނދަގޫ ދަތި ޙާލަތެއްގައި ބިރު ކޮންޓްރޯލް ކުރުމުގެ ޤާބިލްކަން. ކެރުން. ބަހާދަރީ. ޝަޖާޢަތު. have the courage of one’s convictions މީހަކަށް ރަނގަޅު ކަމަށް ފެންނަ ކަންކުރަން ކެރުމުގެ ޤާބިލްކަން.
courageousކަރެއިޖަސް. ނއ. ކަރިޖް ހުރުން ނުވަތަ ދެއްކުން. ކެރުންތެރި. ބަހާދަރު. ޝާޖާޢު. ކއ. courageously.
courgetteކޮޖެޓް. ނ. ކަންބާހެން ދިގުކޮށް ހުންނަ ކަރާގެ ބާވަތެއް.
courierކޫރިއަރ. ނ. 1. މުހިއްމު މެސެޖު، ޕާރުސަލް ނުވަތަ ލިޔުންތައް އެއްތަނުން އަނެއްތަނަށް އުފުލާ މީހެއް ނުވަތަ ފަރާތެއް. 2. ފަތުރުވެރިންނަށް މަގުދައްކައި އިރުޝާދުދޭން ޢައްޔަނުކޮށްފައިވާ މީހެއް.
courseކޯސް. ނ. 1. ވަގުތު ކުރިއަށް ދާ ދިއުން. ނުވަތަ ސަރަޙައްދެއް ފަހަނައަޅައި ދާ ދިއުން. އެއްޗެއް މަޑުމަޑުން އުފެދެމުންދާ ދިއުން ނުވަތަ ކަމެއް މަޑުމަޑުން ވަމުންދާ ވުން. ކަން ކުރާ ގޮތެއް. މ. ޢުމުރުގެ ކޯސް އަށް ބަލާލާއިރު އެންމެ އުފާވީ ކޮން ދުވަހަކު؟ 2. ޤަޞްދުކުރި މިސްރާބު. މ. ނައު ކޯހުން ކަސިޔާރު ވެއްޖެ. 3. ކަމެއް ޙާޞިލްކުރަން ކުރަންޖެހޭ ޢަމަލުތަކުގެ ސިލްސިލާ. މ. ކަލެއަށް ދެން އެންމެ ރަނގަޅު ކޯސް އަކީ އަލުން ފެށުމެވެ. 4. ތަޤްރީރުތަކަކާއި ފިލާވަޅުތަކަކާއި އެހެން ތަޢުލީމީ ޙަރަކާތްތަކެއްގެ ސިލްސިލާއެއް. މ. ޝަރީޢާ ކޯހުގެ ދިގުމިނަކީ ކޮބައި؟ 5. ގޮލްފް ކުޅޭ ސަރަޙައްދު. ރޭހެއް ޖަހާ ސަރަޙައްދު. 6. އެޅިގަލުން ރާނާު ގައު ބަރިއެއް. 7. ކެއުމެއްގެ ބައެއް. މި ކެއުމުގައި ތިން ކޯސް ހިމެނެއެވެ. –ކ. 1. އެއްގަމު ކެޔޮޅުކަމުގައި ކުއްތާ ބޭނުން ކޮށްގެން މުސަޅު ހިފުން. 2. ކޯހެއްގައި ދަރުތުު ކުރުން. 3. ހިފެހެއްޓުމެއް ނެތި ދަތުރުކުރުން. މ. ނާރުތަކުގައި ލޭ ކޯސްކުރަމުން ދެއެވެ. in course of ކަމެއް ހިނގަމުންދާ ޕްރޮަސިޒް/ޙަރަކާތްތައް. In the course of ކަމެއް ހިނގަމުންދާ މުއްދަތުގައި. މ.in the course of time ވަގުތުތަކެއް ފާއިތުވީ ފަހުން. of course ޔަޤީނުން. ޝައްކެއް ނެތި. ހީކުރި ގޮތާ އެއްގޮތަށް.
courtކޯޓް. ނ. 1. ވަށައިގެން ޢިމާރާތްކޮށްްފައިވާ މެދު ހުސްކޮށް ހުންނަ ޖާގައެއް. ފަނާ. އާންގަން. 2. ކުޅިވަރެއް ކުޅެން ވަށައިގެން ކޮންމެވެސް ގޮތަކަށް ބަންދުކޮށްފައިވާ ސަރަޙައްދެއް. މ. ޓެނިސް ކޯޓް. 3. ދަރުބާރު. 4. ޝަރީޢަތްކުރާ ތަން. 1. މީހެއްގެ ރުހުން ނުވަތަ މަޤްބޫލްކަން ހޯދަން އުޅުން. 2. އިނުމަށްޓަކައި މީހެއްގެ ލޯބި ހޯދަން އުޅުން. 3. (ހައިވާނާ މެދު) ޖޯޑުވުމަށްޓަކައި ރުއްސަން އުޅުން. 4. ނުރައްކަލެއް ކުރިމަތިވެދާނެ ގޮތަކަށް އުޅުން. މ. ނުރައްކާ ކޯޓްކުރުން. court-card ތާސްބައިގައި ގުލާމު، ބިބީ ނުވަތަ ބައިސާ. Court of Session ސްކޮޓްލަންޑްގެ އެެންމެ މަތީ މަދަނީ ކޯޓް. pay court to މީހެއްގެ ޝައުޤުވެރިކަމާއި ރުހުން ހޯދުމަށް އޭނާއަށް ޚާއްޞަ ސަމާލުކަމެއް ދިނުން.
courteousކާރޓިއަސް. ނއ. އިޙްތިރާމް ކުރުމާއި އެކު ޤަދަރުދެމުން. މުހައްޒަބު. އަދަބާއެކު. ކއ. courteously.
courtesanކޯޓިޜަން. ނ. މުއްސަނދި ނުވަތަ މަތީ ފެންވަރުގެ މީހުންނާ ގުޅިގެން އުޅޭ ނާސި އަންހެނެއް.
courtesyކާރޓެސި. 1. ބަނިޔާދަންކަން. ރީތި އަދަބު. ރީތި އަދަބުގެ ޢަމަލެއް ނުވަތަ ބަހެއް.by courtesy of ކޮންމެވެސް މީހެއްގެ އިޙްސާން ތެރިކަމުގެ ދަށުން ނުވަތަ އޭނާގެ ހުއްދައާ އެކު. courtesy light ކާރުގެ ދޮރު ހުޅުވުމުން ދިއްލޭ ބޮކި.
courtierކޯޓިއަރ. ނ. ދަރުބާރެއްގައިވާ ރަސްކަލެއްގެ ގާތް މީހުން. އަރިހުބޭކަލުން.
courtlyކޯޓްލީ. ނއ. ކީރިތިކަމާއި އެކު އަދަބުވެރި. އުޅުން ރީތި. ބަނިޔާދަން. ނ. courtliness.
court martialކޯޓް މާރޝަލް. ނ. 1. ސިފައިންގެ ޤާނޫނުތަކާ ބެހޭ ޝަރީޢަތް ހިންގާ ކޯޓެއް. 2. އެފަދަ ކޯޓެއްގައި ކުރާ ޝަރީއަތް. –ކ. ކޯޓް މާރޝަލް ކޯޓެއްގައި ޝަރީޢަތް ކުރުން.
courtshipކޯޓްޝިޕް. ނ. ކައިވެނީގެ ކުރިން ރައްޓެހިވެގެން އުޅޭ އުޅުން. މި ކަން ހިނގާ މުއްދަތު.
courtyardކޯޓްޔާރޑް. ނ. ވަށައިގެން ފާރުލާފައި ނުވަތަ ޢިމާރާތްކޮށްފައިވާ ހުސް ޖާގައެއް. ފަނާއެއް. ކޯޓް ބަލާ.
cousinކަޒިން. ނ. ދެބެންގެ ދެދަރި މީހެއް. ބޮޑުދައިތަ ނުވަތަ ބޮޑު ބޭބެގެ ކުއްޖެއް. މި ފަދަ ތިމާގެ މީހުންނަށް ކިޔަނީ first cousin އެވެ. second cousin އަކީ ކަޒިންއެއްގެ ދަރިއެކެވެ. ކއ. cousinly.
coutureކޫޓިއަރ. ނ. ފެޝަންއާ އެއްގޮތަށް މަތީ ފެންވަރުގެ ހެދުން ފަރުމާކޮށް ފެހުމުގެ ފަންނު ނުވަތަ ވިޔަފާރި. މިފަދަ ހެދުން.
couturierކޫޓިއަރިއެ. ނ. އަގުބޮޑު ފެޝަނަށް ހުންނަ ހެދުން ފަރުމާކުރާ މީހާ ނުވަތަ ކުންފުނި.
coveކޯވް. ނ. އެއްގަމުގެ ތެރެއަށް ކަނޑު ވަދެފައިވާ ކުޑަ ތަންގަނޑެއް. ގޮނި.
coveކޯވް. ނުރަސްމީ ބަހުރުވައިން މީހެއް.
covenކަވަން. ނ. ހަންޑީންގެ ޖަމާޢަތެއް ނުވަތަ ބައްދަލުވުމެއް.
covenantކަވަނަންޓް. ނ. ރަސްމީ އެއްބަސްވުމެއް ނުވަތަ ޢަޤްދެއް. –ކަމެއް މިފަދަ ޢަޤްދެއްގެ ދަށުން ކުރުން.
Coventryކޮވެންޓްރީ. ނ. އިނގިރޭސި ވިލާތުގެ ސަހަރެއް. send a person to Coventry މީހަކާ ވާހަކަ ދެއްކުން ހުއްޓާލުން އަދި އޭނާއާ އެކު އުޅުން ހުއްޓާލުން.
coverކަވަރ. ކ. 1. އެއްޗެއްގެ މަތީގައި އެހެން އެއްޗެއް އަޅައިގެން ފޮރުވުން ނުވަތަ ރައްކާތެރިކުރުން. އުރައަކަށް ލުން. ފަރުދާކުރުން، ޙިޖާބުކުރުން. 2. އެއްޗެއް ނުވަތަ ކަމެއް ފެތުރިގެން ދިއުން. މ. covered with shame ފެންނަ ގޮތުގައި ވަރަށް ލަދުގަނެފައި. 3. ތަނެއްގައި ފެތުރިގެން ވުން ނުވަތަ ސަތަހަ ހިފުން މ. މަދަރުސާ ވަރަށް ބޮޑު ބިމެއް ކަވަރ ކުރެއެވެ. covering letter ލިޔުމަކާ އެކު ނުވަތަ މުދަލަކާ އެކު ފޮނުވާ އޮޅުންފިލުވާ ދިނުމުގެ ސިޓީއެއް. 4. ކަނޑައްތު ކުރުން. މ. ހިނގާފަައި ކަވަރ ކުރެވޭނީ ދުވާލަކު 10 ކިލޯމީޓަރެވެ. 5. އަންނަ ދިމާ ރައްކާތެރިކުރުން. ބަޑިިއެއްގެ ވަޒަނުގެ ރާސްތާގައި ވުން. ބަޑިއެއް އަމާޒުކުރުން. މ. އޭނާ އެ ގެއަށް ވަންނަ އިރު، ކަވަރު ކުރަން މި ބަޑި ބޭނުން ކުރާށެވެ. 6. ގަރަންޓީއެއް ނުވަތަ އިންޝުއަރަންސް އެއް ދީގެން ރައްކާތެރިކުރުން. މ. އެނދުމުން ކަވަރު ކުރުން. 7. ކަމަކަށް ފުދޭވަރަށް ފައިސާ ހުރުން. މ. ޓިކެޓް ކަވަރވާ ވަރަށް ލާރި އެބަހުއްޓެވެ. 8. ހިމެނުން. ވަކި އެއްޗަކާ ބެހޭ. މ. ފޮތް ކަވަރ ކުރަނީ އެމީހުންގެ ދެވަނަ ބޮޑު ހަނގުރާމައެވެ. 9. މަޢުލޫމާތު ހޯދުން ނުވަތަ ނޫހަކަށް ރިޕޯޓް ލިޔުން. މ. އެ ބައްދަލުވުން ކަވަރ ކުރަނީ ކޮން ރިޕޯޓަރެއް. –ނ. 1. އެއްޗެއް ރައްކާތެރިކުރާ ނުވަތަ ފޮރުވާ އެތި. އުރަ. 2. ފޮތުގެ ބޭރުގަނޑު. 3. އެއްޗެއްގެ ބޭރުގައި ލައިފައިވާ ދުލި ނުވަތަ ސިޓީއުރަ. 4. ރައްކާތެރިކަމެއް ހިޔާވަހިކަމެއް ދޭ އެތި. 5. ރައްކާތެރިކަން ދޭ ބޯޓެއް ނުވަތަ އެއްޗެއް. 6. ބޭރުފުށުން ދައްކާ ދެއްކުން. މ. ރަޙްމަތްތެރިކަމުގެ ކަވަރ ގައި އޭނާ އައިސް. 7. ލިބިދާނެ ގެއްލުމަކަށް ހޯދާފައިވާ އިންޝުއަރަންސް. 8. ކެއުމަށް މޭޒެއްގައި ތައްޔާރުކޮށްފައިވާ ތަން. – cover charge ކޮންމެ މީހަކަށް ވަކިން ރެސްޓޯރަންޓަކުން ނަގާ ފީއެއް. cover for މީހަކު ނެތުމުން ވަގުތީގޮތުން މީހެއްގެ ވަޒީފާ ބެލެހެއްޓުން. cover much ground ދުރަށް ދަތުރުކުރުން. ތަފާތު މައުޟޫޢުތަކަކަށް އިންސާފުކުރުން. cover up އެއްޗެއް ނުވަތަ މަޢުލޫމާތެއް ފޮރުވުން. cover-up ފޮރުވާފައިވާ ފޮރުވުން ޚާއްޞަކޮށް މަޢުލޫމާތު. under separate cover ވަކި ސިޓީއުރައެއްގައި ނުވަތަ ފޮއްޓެއްގައި.
coverageކަވަރިޖް. ނ. 1. އެއްޗެއް ކަވަރކުރާކުރުން. 2. ކަވަރ ކުރާ އޭރިއާ ނުވަތަ ބޮޑުމިން. މ. އެއް ކޮތަޅު ސިމެންތިން އުވަޖެހޭ ކަވަރޭޖް އަކީ ކޮބާ؟
covertކޮވާރޓް. ނ. 1. ޖަނަވާރު ފިލަން ވަދެވޭ ބޯކޮށް ތިރިކޮށް ހެދިފައިވާ ވަލެއް. 2. ދޫނީގެ ފަތްތަކުގެ ބުޑުތައް ނިވާވެފައިވާ އެހެން ފަތް. ނއ. ފޮރުވިފައި. ސިއްރުން ކުރާ. މ.ކޮވާރޓް ނަޒަރުން ބެލުން.
covetކަވިޓް. ކޮވެޓް. ކ. އެއްޗެއް، ޚާއްޞަކޮށް އެހެން މީހެއްގެ އެއްޗެއް، ވަރަށް ބޮޑަށް ބޭނުންވުން.
covetousކަވެޓަސް. ނއ. ތަކެއްޗަށް ވަރަށް ބޮޑަށް އެދޭ އެދުންވެރިވާ (ޚާއްޞަކޮށް އެހެން މީހުންގެ ތަކެއްޗަށް). ނ. covetousness.
coveyކަވީ. ނ. 1. ދޫނީގެ ކުޑަ އައިނެއް، ޚާއްޞަކޮށް ޕާޓްރިޖް ކިޔާ ކުރެހުންއެޅި ވަރައެއް ހުންނަ ބޮޑު ފިޔޮކަކާ ވައްތަރު ދޫނީގެ އައިނެއް 2. ކުޑަ ޖަމާޢަތެއްގެ މީހުން ނުވަތަ ތަކެތިތަކެއް.
cowކައޮ. ނ. 1. ކިރާއި މަހަށްޓަކައި އޮޅުކޮށްގެން ގެންގުޅޭ ހަތަރުފައިލީ ބޮޑު ޖަނަވާރެއް. އަންހެން ގެރި. 2. ބޮޑުމަހާއި އެތްފަދަ ބޮޑެތި ހައިވާނުގެ އަންހެން އެތި. 3. ނުރަސްމީ ބަހުރުވައިން މީހާ ނުރުހޭ އަންހެނެއް.
cowކައޮ. ކ. އަނިޔާއާއި ބިރު ދައްކަައިގެން މީހަކު ލައްވާ ގަދަކަމުން ކަމެއް ކުރުވުން.
cowardކަވާޑް. ނ. ނުރައްކަލާއި ދައްޗާއި ތަދާ ކުރިމަތިލާން ނުކެރޭ ޖެހިލުންވާ މީހެއް. ނ. cowardliness.
cowardiceކަވަރޑިސް. ނ. ކެރުމާއި ޖެހިލުންކުޑަކަން ނެތްކަން.
cowboyކައުބޯއި. ނ. 1. ގެރި އާއި އަސް ފަދަ ޖަނަވާރުތައް ހުހިހައްޕާ ބަލަހައްޓާ ޔޫ.އެސް. ގެދެކުނުގައި އުޅޭ މީހެއް. 2. ވިޔަފާރިއާއި އެހެން ކަންކަމުގައި، ނުބައި ނަތީޖާއެއް ނުކުމެދާނެ ތެދުވެރިނޫން ގޮތްތައް ބޭނުންކުރާ މީހާ.
cowerކައުވަރ. ކ. ބިރުން ބޮލާއި ހަށިގަނޑު ގުދުކޮށްގެން ފަހަތަށް ޖެހުން.
cowlކައުލް. ނ. 1. ބައެއް ބުރުގާހެން، ބޮލާއި ބައެއް ފަހަރު ކޮނޑު ނިވާވާ ގޮތަށް ދައެރުތަކުގައި އުޅޭ މީހުން އަޅާ ހެދުމުގެ ބައެއް. 2. މިފަދަ ގޮތަކަށް، ދުންހޮޅިތަކުގެ މަތީގައި ޓިނުން ހަދާ ހަރުކުރާ ބައެއް.
cowlingކައުލިން. ނ. އިންޖީނުގެ މަތީގައި ޖަސްތުން ހަދާ ހަރުކުރާ އުރައެއް. މަތިންދާބޯޓު އިންޖީނުތަކުގެ ބޭރުގައި ހުންނަނީ މިއެވެ.
cowmanކައުމަން. ނ. ގެރި ބަލަހައްޓަން ވަޒީފާގައި އުޅޭ މީހެއް. ގެރިގޮވި.
cowrieކައުރީ. ނ. އޮފުގަދަ ހޫނު ޤައުމުތަކުގެ ފަރުގައި އުޅޭ ބޮއްޔެއް. ދިވެހި ބޮއްޔަކީ ކައުރީގެ ބާވަތެކެވެ.
cowshedކައުޝެޑް. ނ. ދަނޑަށް ދޫކޮށްލާފައި ނުވާ އިރު، ގެރި އުޅޭ ގެ.
cowslipކައޮސްލިޕް. ނ. ރީނދޫކުލައިގެ، މީރުވަހެއް ދުވާ މަލެއް އަޅާ ވަލުގައި ހެދޭ ގަހެއް.
coxކޮކްސް. ނ. ކޮކްސްވޭން ކުރުކޮށް. –ކ. ރޭސް ޖަހާ އުޅަނދެއްގެ ހުންގާނު ހިފުން.
coxswainކޮކްސްވޭން. ނ. 1. ފަލިޖަހާ ދޯންޏެއްގެ ހުންގާނު ހިފާ މީހާ. 2. އޮޑިއެއްގެ ބޮއްކުރާއާ ހަވާލުވެހުންނަ މީހާ. 3. ކަނޑުގެ ސިފައިންގެ މެދު ފެންވަރުގެ ވެރިއެއް.
coyކޮއި. ނ. 1. (އަންހެނުންނާ މެދު) ކުޑަކުދިން ފަދައިން ލަދުގަންނަ ކަމަށް ހެދޭ ހެދުން. ނއ. ޤަޞްދުގައި މަޢުލޫމާތެއް ފޮރުވުން. މ. އެކަނބުލޭގެ އޭނާގެ ޢުމުރާ މެދު ވަރަށް ކޮއި އެވެ. ކއ. coyly. ނ. coyness.
coypuކޮއިޕޫ. ނ. ދެކުނު އެމެރިކާގައި، ފެންގަނޑު ކައިރީގައި އުޅޭ ޖަނަވާރެއް. މިއީ ކެހެރި އަގުހުރި ޖަނަވާރެކެވެ.
crabކްރެއިބް. ނ. 1. ދިހަ ފައިލީ މޫދުގައި އުޅޭ ހަރުތޮށްޓެއްލީ ދިރުން ހުންނަ އެއްޗެއް. ކަކުނި. 2. the Crab ތަރިތައް ކަކުންޏަކާ ދުރުގޮތަކަށް ވައްތަރު ރާއްސެއް. ރާހީގެ އަޞްލު ނަމަކީ ކެންސަރ. ކަރުކަށަ. –ކ. ކުށްދެއްކުން. ޝަކުވާކުރުން.
crabbedކްރެބިޑް. ކްރޭބްޑް. ނއ. 1. ފަސޭހައިން ރުޅިއަންނަ. ރުޅިގަދަ. 2. ފޮޅުވަތްތައް ގާތްކަމުން ނުވަތަ އެހެން ކަމަކާ ހެދި. ކިޔަން އުނދަގޫ (ލިޔުން).
crabbyކްރެބީ. ނއ. ރުޅިގަދަ.
crackކްރެކް. ނ. 1. ބިއްލޫރިގަނޑެއް ތަޅައިގެން ދާއިރު ކިޔާފަދަ ކުއްލި ތޫނު އަޑެއް. 2. ބާރަށް ޖަހާޖެހުން. 3. ނުރަސްމީ ބަހުރުވައިން އެހެން މީހަކާ ޖައްސާލާ ގޮތުން ބުނާ ބުއްދިވެރިބަހެއް. 4. ރެނދެއް. ރެސް 5. އެއްޗެއް ތަޅައިގެން ގޮސްފައި ބައިތައް ވަކިނުވާއިރު ހުންނަ ރޮނގު. ރެނދު. ރެސް. ނއ. ނުރަސްމީ ބަހުރުވައިން ވަރަށް ރަނގަޅު. –ކ. 1. އެއްޗެއް ތަޅައިގެން ދާއިރު ނުވަތަ ބިދޭއިރު ކިޔާކަހަލަ އަޑެއް ކިޔުން ނުވަތަ ކިޔުއްވުން. 2. ޖޯކެއް ކިޔުން. 3. ތޫނު އަޑަކާއެކު ބިންދާލުން. 4. ތިޖޫރީއެއް ފަދަ އާދައިގެ ގޮތަކަށް ނުހުޅުވޭ އެއްޗެއް ކޮންމެވެސް ގޮތަކަށް ހުޅުުވުން. 5. ރަމްޒު ނިޝާންތަކަކުން ލިޔެފައިވާ ސިއްރު ލިޔުންތަކެއް ކިޔާނެގޮތް ހޯދުން. 6. ރެނދުލާވަރަށް ތަޅައިގެން ނުވަތަ ފަޅައިގެން ދިއުން. 7. ޖަޒުބާތުން އަޑު ކުރެހުން. 8. ވަރުބަލިވެގެން ވެއްޓުން. 9. އޮލަ ތެޔޮ، އޮލަނޫން ތެލަށް ހެދުމަށް ބަދަލުގެނައުން. މ. ޑީސަލުން ޕެޓްރޯލް ކުރެކް ކުރުން. crack-brained ނުރަސްމީބަހުރުވައިން ހަމަނޫން. މޮޔަ. crack down on ޤާނޫނާ ޚިލާފު ކަންތައްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުން. crack of dawn އަލިވިލުމާއެކު. crack of doom ނަޞާރާދީނުގެ މީހުން ޤަބޫލުކުރާގޮތުން، ޤިޔާމަތްވުމުގެ ކުރިން އިވޭ އަޑުގަދަ ގުގުރިއެއް. crack up ވަރަށް ގަދައަށް ސަނާ ކިޔުން. ޖިސްމާއި ބުއްދި ބަލިކަށިވެގެން ދިއުން. get cracking ނުރަސްމީ ބަހުރުވައިން ކުރަން ހުރި މަސައްކަތްތަކާއިގެން އަވަދިނެތި އުޅެން ފެށުން. get a crack at ނުރަސްމީ ބަހުރުވައިން ހިއްމަތެއް ކުރުން.
crackedކްރެކްޓް. ނއ. ބުއްދި ހަމަނުޖެހޭ. މޮޔަ.
crackerކްރެކަރ. ނ. 1. ބަޑިބޭސް އަޅާފައި ހުންނަ، އެއްޗެއް ފަޅައިގެންދާ އިރު ކިޔާ އަޑު ކިޔާ ގޮވާ އެއްޗެއް. ފަޓާސް. 2. ގެއްލުމެއް ނުލިބޭ ގޮތަށް ދެކޮޅުގެ ވައުކޮޅަކަށް ދަމާލުމުން ގަދަ އަޑެއް ކިޔާ ހޮޅިކޮޅެއް. މިއީ ކުޑަކުދިން ކުޅެއް ހަދައިފައި ހުންނަ އެއްޗެކެވެ. 3. ތުނި ހިކި ބިސްކޯދެއް. crackers ނުރަސްމީ ބަހުރުވައިން ސޭކު.
crackingކްރެެކިން. ނއ. ނުރަސްމީ ބަހުރުވައިން ރަނގަޅު.
crackleކްރެކްލް. ކ. އެއްޗެއް ފަޅައިގެންދާއިރު ނުވަތަ ބިނދޭއިރު ކިޔާ އަޑު، ފުލުފުލުގައި ލެއްވުން ނުވަތަ ލައްވާގޮތް ހެދުން. –ނ. މި ފަދަ އަޑުތައް.
cracklingކްރެކްލިން. ނ. ކާއެއްޗެއްގެ ގޮތުގައި، މުރަނަ ވަންދެން ފިހެފައި ހުންނަ އޫރުގެ ހަން.
crackpotކްރެކްޕޮޓް. ނ. ނުރަސްމީ ބަހުރުވައިން، ނުކުރެވޭ ކަހަލަ، ކާމިޔާބުނުވާނެ ކަހަލަ ޚިޔާލުތައް ހުންނަ މީހެއް.
cradleކްރެއިޑްލް. ނ. 1. ތުއްތު ކުދިން ނިންދަވާން ގެންގުޅޭ އެނދު. ގިނަ ފަހަރު މި އެނދު ހުންނަނީ ހެއްލޭ ގޮތަށެވެ. 2. އެއްޗެއް އުފެދޭތަން. މ. ތަހުޒީބާއި ތަމައްދުން ގެ ކްރެޑްލް. ނ. 3. އެއްޗެއް ރައްކާތެރިކަމާއެކު ހިފަހައްޓާ އޮނިގަނޑެއް. –ކ. ކްރެއިޑްލް އެއް ހެން ރައްކާތެރިކަމާއެކު ހިފަހެއްޓުން.
craftކްރާފްޓް. ނ. 1. ހުނަރު ބޭނުންވާ މަސައްކަތެއް. މ. ބޯކޮށުން. 2. މި ބާވަތުގެ ހުނަރު ނުވަތަ ފަންނު. 3. ޙީލަތް. މަކަރު. 4. ކަނޑުގައި ދުއްވާ ނުވަތަ ޖައްވުގައި ދުއްވާ އުޅަނދެއް. މ. ސްޕޭސް ކްރާފްޓް.
craftsmanކްރާފްޓްސްމަން. ނ. ހުނަރުވެރި މަސައްކަތް ތެރިއެއް. މ. މާވަޑިއެއް. ނ. craftsmanship
craftyކްރާފްޓި. ނއ. މަކަރުވެރި. އިޔަހޫދީ. ހީލަތް.
cragކްރޭގް. ނ. ހަމަ ބިމަކުން އުފުލިފައިވާ އޮލަނބަށް ހުރި އަރިތަކާއި ތޫނު ކުންނުތަކާއި މުލިތައް ލައިފައި ހުންނަ ގައު.
cramކްރޭމް. ކ. 1. ބައެއް ބޭރަށް ނުކުމެފައި ހުންނާނެހެން ގިނަ އެއްޗެތިތަކެއް ކުޑަތަނަކަށް ގެންނެވުން. 2. މިގޮތަށް އެއްޗެއް މާބޮޑަށް ފުރާލުން. 3. އިމްތިޙާނަކަށް ވަރަށް ބޮޑަށް ދަސްކުރުން.
crampކްރޭމްޕް. ނ. 1. އަމިއްލަ އިޚްތިޔާރެއްނެތި ގައިގެ މަސްކޮޅެއް ކުރުވުން. މަސްގުޅަކެއުން. އަކުނިވަޔަށް ދެމުން. 2. އެޅިގަލުން ރާނާއިރު ދެ ގައު ހިފެހެއްޓުމަށް މައްޗަށް ޖަހާ ބޮޑު ހީރަހެއްގެ ސިފައަށް ހުންނަ ލޯހާ އެއްޗެއް. މި ބޭނުންކުރަނީ މައިގަނޑު ގޮތެއްގައި އެންމެ މަތީ ގައުބަރީގައެވެ. 3. cramps މައްސަރު ދުވަސްވަރުގައި އަންހެނުންގެ ދަށްބަނޑުގައި ރިހޭ ރިހުން. –ކ. މީހަކު ހަނި އިންތަކެއްގެ ތެރޭގައި ތަނަވަސް ދިރިއުޅުމެއް ނެތް ގޮތަށް ހިފެހެއްޓުން. މ. ފިކުރާއި ފަގީރުކަން ވަޒީފާނެތް މީހުންގެ ދިރިއުޅުން ކްރޭމްޕް ކުރެއެވެ.
crampedކްރޭމްޕްްޓް. ނއ. 1. ވަގުތު ނުވަތަ ޖާގަ މަދު. މ. ތިން އެނދުލީ މިކޮޓަރި ކްރެމްޕްޓް އެވެ. 2. (ލިޔުމާއި މެދު) އަކުރުތައް ކުޑަވެފައި ވަރަށް ގާތްގާތުގައި.
cramponކްރެމްޕަން. ނ. ގަނޑުފެނުގައި ހިނގުމަށް ބޭނުންކުރާ ދަށް ފުށުގައި ކަށި ހުންނަ ބޫޓެއް.
cranberryކްރޭންބަރި. ކްރޭންބެރި. ނ. 1. ހުތް ރަހައެއް ހުންނަ ރަތްކުލައިގެ ޖޭމުއާ ވައްތަރު ކުޑަ މޭވާއެއް. 2. މި އަޅާ ގަސް.
craneކްރެއިން. ނ. 1. އިރުވާހުދު ބާވަތުގެ ކަރާއި ފައި ދިގު ފެނާ ކައިރިގައި އުޅޭ ދޫންޏެއް. 2. ބަރު ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް، ވަލާއި ދިގު ދަނޑިއެއް ހިމެނޭ މެޝިނެއް. ކެރޭނު. ސޭލަ. –ކ. އެއްޗެއް ބެލުމަށް ކަރު ދިގުކުރުން.
crane-flyކްރެއިން-ފްލައި. ނ. ވަރަށް ފައިތައް ދިގު ބޮޑު މަދިރިއެއް ކަހަލަ ހަސަރާއެއް (ހަފައިލީ ދިރުމެއް).
craniumކްރޭނިއަމް. ނ. ސިކުނޑި ވަށައިގެންވާ ކަށިތައް. ބޮލުކަށިގަނޑު. ނާށިގަނޑު. ނއ. cranial.
crankކްރޭންކް. ނ. ވަށްބުރެއްގެ އެނބުރުން، މައްޗަށް ތިރިއަށް ނުވަތަ ކުރިއަށް ފަހަތަށް ވާ ގޮތަށް ބަދަލުކުރާ (ނުވަތަ އަނެއްކޮޅަށް ބަދަލުކުރާ) ވަޑިފަތިގަނޑެއްހެން އޮންނަ މެޝިނެއްގެ ބައެއް. ބުރުތަނޑި. މ. ބައިސްކަލުގެ ޗޭނު ބުރާއި ފައިން އަނބުރާ ފިޔަވަޅާ ގުޅިފައިވާ ދަގަނޑު. –ކ. ބުރުތަނޑިއަކުން ޙަރަކާތްކުރާ ގޮތް ހެދުން. crankshaft ބުރުތަނޑިން ޙަރަކާތްކުރާ ޝާފްޓެއް. ތަނޑިދަނޑި.
crankކްރޭންކް. ނ. ވަރަށް އާދަޔާ ޚިލާފު ޤަބޫލުކުރުންތަކާއި ޚިޔާލުތައް ހުންނަ މީހެއް. ނ. crankiness.
crannyކްރޭނި. ނ. ގަނޑު އެއްޗެއްގައިވާ ހަނި ކުޑަ ރެނދެއް.
crapކްރެޕް. ނ. 1. ހުތުރުބަހުން ގުއި. 2. ހަމަނުޖެހޭ ވާހަކަ. ނއ. crappy.
crapeކްރެއިޕް. ނ. ކަޅުކުލައިގެ ކުދި ރޫތަކެއް ހުންނަ ފޭރާމެއް. މި ފޭރާން ބޭނުންކުރަނީ ޖަނާޒާތަކުގައި ބައިވެރިވާ ހެދުން ފެހުމަށެވެ.
crapsކްރެޕްސް. ނ. ދެ ޑައިސް ބޭނުންކޮށްގެން ކުޅޭ ޖުވާއެއް. މި ކުޅުމަށް ކިޔަނީ shooting craps.
crashކްރޭޝް. ނ. 1. އެއްޗެއްގައި ޖެހިގެން ހަލާކުވާ އިރު ކިޔާ ކަހަލަ ގަދަ އަޑުފައްގަނޑެއް. 2. ވަރަށް ބާރަށް ޖެހޭ ޖެހުން ނުވަތަ ވެއްޓޭ ވެއްޓުން. 3. ވިޔަފާރިއެއް ނާކާމިޔާބުވުން. –ކ. 1. ކްރޭޝް އެއް ކިޔާގޮތް ހެދުން. ކްރޭޝް އަަކާ އެކު ޙަރަކާތްތެރިވުން. 2. މަތިންދާބޯޓެއް ކާރެއް ފަދަ ދުއްވާ އެއްޗެއް އެހެން އެއްޗަކާ ޖެއްސުން. 3. ނުރަސްމީ ބަހުރުވައިން ދަޢުވަތެއް ނެތި ޕާޓީއަކަށް ވަދެގަތުން. crash the lights ޓްރެފިކް ބައްތި ރަތްކޮށް ހުއްޓައި ނުހުއްޓާ ދިއުން. 4. މާލީގޮތުން ވިޔަފާރިއެއް ނެތިގެން ދިއުން. –ނއ. ނަތީޖާއެއް ޙާޞިލްކުރުމަށް ވަރަށް ގިނައިރު ގަދައަށް މަސައްކަތް ކުރަންޖެހޭ. މ. ކްރޭޝް ކޯހެއް. crash barrier އެއްގަމު އުޅަނދު މަގުން ލޫދިދާނެތީ އަރިމަތީގައި ޖަހާ ވަރުގަދަ ފުޅަފެއް. crash dive ކުއްލި ގޮތަކަށް މަތިންދާ ބޯޓެއް ނުވަތަ ސަބްމެރިން އެއް ތިރިއަށް ދިއުން. މިގޮތަށް ދާ ދިއުން. crash helmet ކްރޭޝް އަކުން ބޮލަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށް ބޮލަށް ފައްތާ ވަރުގަދަ ތާކިހަލެއް. crash land ގެއްލުމެއް ލިބޭ ގޮތަށް، ކުއްލި ޙާލަތަކާ ގުޅިގެން މަތިންދާ ބޯޓެއް ބިމަށް ޖައްސާ ޖެއްސުން ނުވަތަ މިގޮތަށް ޖެއްސުން. ނ. crash landing.
crashކްރޭޝް. ނ. ރާޅު އުއި ނުވަތަ ކީއްތާނި ފޭރާމެއް.
crashingކްރޭޝިން. އ. ވަރަށް ބޮޑު. މ. އޭނާއަކީ ކްރޭޝިން ފޫއްސެކެވެ.
crassކްރާސް. ނއ. 1. އެހެން މީހުންނަށް ކުރެވޭނޭ އިޙްސާސްތައް ނުވިސްނާ މޮޔަ. 2. ވަރަށް ހުތުރު. ކއ. crassly. ނ. crassness.
crateކްރެއިޓް. ނ. 1. (ޚާއްޞަކޮށް ފުޅި އަޅަން) ލަކުޑި، ޕްލާސްޓިކް ނުވަތަ ލޯހަ ފަތިން ހަދައިފައިވާ ފޮށިގަނޑެއް. 2. ނުރަސްމީ ބަހުރުވައިން މުސްކުޅި މަތިންދާ ބޯޓެއް ނުވަތަ ކާރެއް. 3. ވަތްތަކަކަށް ބައިކޮށްފައިވާ ކިރުފުޅި އަޅާ ފޮށިގަނޑެއް. –ކ. ކްރޭޓް އަކަށް އެޅުން.
craterކްރެއިޓަރ. ނ. އަލިފާން ފަރުބަދައެއްގެ މަތީގައިވާ ބޯތައްޓެއް ފަދަ އަނޑިގަނޑު ނުވަތަ އަގަ. ބިމުގައިވާ މިފަދަ ތަނެއް.
cravatކްރެވާޓް. ނ. 1. ގަމީހުގެ ގިރުވާނުގެ އެތެރެއިން ޓައީއެއްގެ ގޮތަށް ކަރުގެ ވަށައިގެން ބަންނަ ކުޑަ ބޮލުފޭލިފަދަ ފޮތިކޮޅެއް. 2. ޓައީ އެއް.
craveކްރެއިވް. ކ. 1. އެއްޗަކަށް ކަމަކަށް ވަރަށް ބޮޑަށް އެދުން. މ. ޗޮކްލެޓަށް ކްރެއިވްކުރުން. 2. ވަރަށް އާދޭހާއެކު އެދުން. މ. ކްރެއިވް މާރސީ – ރަޙުމަށް އާދޭސްކުރުން.
cravenކްރެއިވަން. ނއ. ވަރަށް ބޮޑަށް ޖެހިލުންވާ.
crawfishކްރޯފިޝް. ނ. ކަނޑުގައި އުޅޭ ކަށިތަކެއް ތޮށިގަނޑުގައި ހުންނަ އިއްސެއް.
crawlކްރޯލް. ކ. 1. ހަރުފައާއި ހިނިފަދައިން ބިމާ ވަރަށް ގާތުގައި ހަށިގަނޑު ބަހައްޓައިގެން ހެލިފެލިވުން. ފިރުކުން. ލޫދުން. 2. ހަތަރެސްފައިގައި ހެލިފެލިވުން. 3. ވަރަށް އުނދަގުލުން އަދި ލަސްލަހުން ހެލިފެލިވުން. 4. އަޅުވެތި ގޮތަކަށް އެދުމެއް ފުއްދަން އުޅުން. މ. މެނޭޖަރު ކައިރިއަށް ކްރޯލް ނުކޮށް ވެސް ތިކަން ވީސް. 5. ފިރުކޭ ތަކެތިތަކަކުން ފުރިފައި. 6. ފިރުކޭ ތަކެތިން ފުރިފައިވާ އިޙްސާސެއް ކުރެވުން. –ނ. 1. ލޫދޭ، ފިރުކޭ ފަދަ ޙަރަކާތެއް. 2. ވަރަށް ލަސްލަހުން އަޅާ ފިޔަވަޅު. 3. ފަތާގޮތެއް. މިިިގޮތުގައި ދެ އަތް ވަކި ފަހަރު ކޮނޑަށް ވުރެ ކުރިއަށް ގެންދެއެވެ. ނ. crawler.
crayfishކްރޭފިޝް. ނ. މީރު (ލޮނު ނޫން) ފެނުގައި އުޅޭ ވަރަށް ކުޑަ އިއްސެއް.
crayonކްރޭޔަން. ނ. ކުލަޖައްސާފައިވާ އުށް ބޭނުންކޮށްގެން ކުރަހަން ހަދާފައި ހުންނަ ފޯއްޔެއް. –ކ. މިއިން ކުރެހުން.
crazeކްރެއިޒް. ނ. 1. ކުޑަ ހިނދުކޮޅަކަށް މީހުން ވަރަށް މަޤްބޫލުވާ ޚިޔާލެއް، އެއްޗެއް ނުވަތަ ކަމެއް. 2. މި ފަދަ ފިކުރަކަށް ނުވަތަ އެއްޗަކަށް ޖެހޭ ދެވި.
crazedކްރެއިޒްޑް. ނއ. ފުން ޖަޒުބާތެއްގެ ސަބަބުން ނުވަތަ ގަދަ ތަދެއްގެ ސަބަބުން ވަލު އާދަޔާ ޚިލާފު ގޮތަކަށް އުޅޭ. ވާ ތަދުން ނުވަތަ ހިތާމައިން މޮޔަވެފައިވާ.
crazyކްރެއިޒި. ނއ. 1. ބުއްދި ހަމަ ނޫން. ސޭކު. 2. ބުއްދިއަށް ޤަބޫލުކުރަން ދަތި ނުވަތަ ރަނގަޅު ވިސްނުން ހާމަނުވާ. މ. ކްރެއިޒި ރޭވުމެއް. 3. ރުޅިއައިސްފައިވާ. ކއ. crazily. ނ. craziness. crazy paving ގައުތަކެއް ވަކި ހަމައެއް ނެތް ގޮތަށް މަގުގައި ނުވަތަ ތަނަކު އަތުރާފައިވާ ވުން. like crazy ނުރަސްމީ ބަހުރުވައިން ވަރަށް ބޮޑަށް. މޮޔަހެން.
creakކްރީކް. ނ. ތެޔޮ ނުޖަހާ ހުރި ހުޅަކުން ކިޔާ ކަހަލަ، ހަރު ތޫލި އަޑެއް. –ކ. މިފަދަ އަޑެއް ކިޔުއްވުން ނުވަތަ ކިޔުން.
creamކްރީމް. ނ. 1. ކިރުގެ ސަރުބީ ހުންނަ ބައި. މަލާއީ. 2. އޭގެ ކުލަ. ހުދު ރީނދޫ ކުލައެއް. 3. ކްރީމް އާ ވައްތަރު ނުވަތަ ކްރީމް ހުންނަ ކާނާއެއް. 4. ކްރީމް ފަދަ މަޑު އެއްޗެއް ޚާއްޞަކޮށް ޒީނަތްތެރިވުމަށް އުނގުޅާ އެއްޗެއް. 5. އެއްޗެއްގެ އެންމެ ރަނގަޅު ބައި. މ. މުޖުތަމަޢުގެ ކްރީމް. ކިލާހުގެ ކްރީމް. ނއ. ކްރީމް ކުލަ. –ކ. 1. ކްރީމް ވަކިކުރުން. 2. ކްރީމް އާ ވައްތަރު ކުރުން. 3. ކްރީމް އެއް އުނގުޅުން. cream cheese ނުފިއްތާ ނުފެލާ ހަދާފައި ހުންނަ މަޑު ޗީޒް. cream of tartar ކެއްކުމުގައި ބޭނުންކުރާ ޕޮޓޭސިއަމް އެކުވިއެއް.
creameryކްރީމަރީ. ނ. ކިރާއި ކިރުން ހަދާ ތަކެތި އުފައްދާ ވިއްކާ ތަނެއް.
creamyކްރީމި. ނއ. 1. ކްރީމް ގިނަ. 2. ކްރީމް އާ ވައްތަރު. ނ. creaminess.
creaseކްރީސް. ނ. 1. ފޮތި، ކަރުދާސް އެއްޗެއް ފަތްޖެހުމުން ހުންނަ ރޮނގު. ރޫ. 2. ކްރިކެޓް ގައި އުކާމީހާ އާއި ބެޓް ގެންގުޅޭ މީހާ ހުންނަންޖެހޭ އިން ފާހަގަކުރާ ރޮނގު. –1. ރޫ ޖެއްސުން. 2. ރޫޖެހުން.
createކްރިއޭޓް. ކ. 1. ވުޖޫދުކުރުން. އީޖާދުކުރުން. ޚަލްޤު ކުރުން. ކުރިން ނެތް އެއްޗެއް އުފެއްދުން. 2. ވަކި ޝުޢޫރެއް މެދުވެރިކުރުވުން. 3. މަޤާމެއް، ލަޤަބެއް ދިނުން. 4. ނުރަސްމީ ބަހުރުވައިން ޝަކުވާ ކުރުން. ނ. creation.
creativeކްރިއޭޓިވް. ނއ. 1. އެއްޗެތި އުފެއްދުމަށް ބާރާއި ޤާބިލްކަން ހުރުން. އީޖާދީ. އުފެއްދުންތެރި. 2. ޚިޔާލު ތަނަވަސް އަދި ރަނގަޅު ވިސްނުން ހާމަކުރާ. ހުނަރުވެރި. ކއ. creatively.
creatorކްރިއޭޓަރ. ނ. އެއްޗެއް ޚަލްޤް ކުރައްވާ ފަރާތެއް. އެއްޗެއް އުފައްދާ ފަރާތެއް. The Creator ކަލާނގެ.
creatureކްރީޗަރ. ނ. 1. ދިރުން ހުރި އެއްޗެއް ޚާއްޞަކޮށް އިންސާނުން ނޫން ދިރުން ހުރި އެއްޗެއް. 2. މީހެއް. މ. a poor creature ނުރުހުންތެރިވާ އަދި އެެހެންމީހުން އޭނާއާ ދޭތެރޭ ސަހަރޯވެރިވާ މީހެއް. creature comforts މީހެއްގެ ދިރިއުޅުން ފަސޭހަ ކޮށްދޭ ކަންތައްތައް. މި ރަނގަޅު ކާނާ. creature of habit އާދަވެފައިވާތީ ކަންތައްތައް ކުރާ މީހާ.
cr è cheކްރެޝް. ނ. ދުވާލު ގަޑީގައި ވަރަށް ކުޑަކުދިން (ބޭބީސް) ބަލަހައްޓާ ނާސަރީއެއް.
credenceކްރީޑެންސް. ނ. އެއްޗެއް އެއީ ތެދުކަމަށް ޤަބޫލުކުރާ ކުުުރުން. މ. ވަކި މީހަކު ނޭނގޭ ގޮތަށް ކުރާ ޝަކުވާ އަށް އަހުރެން ކްރީޑެންސް އެއް ނުދެމެވެ.
credentialsކްރިޑެންޝަލްޒް. ނ. މީހަކީ ވަކި ވަޒީފާއަކަށް ނުވަތަ ކަމަކަށް ކުފޫ ހަމަވާ މީހެއްކަން އެންގުމަށް، އޭނާގެ ތަޖުރިބާ އާއި ޤާބިލްކަން ލިޔެފައިވާ ލިޔުމެއް.
credibilityކްރެޑިބިލިޓި. ނ. އިތުބާރު. އެއްޗެއް އެއީ އިތުބާރު ކުރެވޭ ތެދެއްކަމަށް ބުއްދީން ބަލައިގަންނަ ގަތުން.
credibleކްރެޑިބްލް. ނއ. ޤަބޫލުކުރެވޭ. ބުއްދީގެ ހަމަތަކުން ތެދުކަމަށް ޤަބޫލުކުރަން އެކަށީގެންވާ. އިތުބާރުކުރެވޭ. މުޢުތަބަރު. ކއ. credibly.
creditކްރެޑިޓް. ނ. 1. އެއްޗެއް ތެދުކަމުގައި ޤަބޫލުކުރުން. 2. ރަނގަޅު ސިފައަކަށް ނުވަތަ ކާމިޔާބަކަށް ދޭ ޤަދަރު ނުވަތަ ޝަރަފު ނުވަތަ އިޙްތިރާމް. 3. ޝަރަފެއްގެ ސަބަބު. މ. ފާރު އެހާ ރީތިކޮށް ސިމެންތިޖެހުމަކީ ކޮންޓްރެކްޓަރަށް ލިބޭ ޝަރަފެކެވެ. 4. ފޯރުކޮށްދެވޭ މުދައު ނުވަތަ ޚިދުމަތަށް ލިބިގަންނަ ފަރާތުން ފައިސާ ދޭނެކަމަށް އިތުބާރުކޮށް ވިޔަފާރިކުރުމުގެ އުޞޫލު. ދަރަންޏަށް ނަގާ ނެގުން. ލޭންދޭން ކުރުން. 5. މި ގޮތަށް ތަކެތި ހޯދުމުގެ ބާރު. 6. ބޭންކެއްގެ އެކައުންޓެއްގައި ހުރި މީހެއްގެ ފައިސާގެ މިންވަރު. އެކައުންޓު ފޮތުގައި ވަކި މީހަކު ދައްކާފައިވާ ފައިސާގެ މިންވަރު. –ކ. 1. އެއްޗެއް ޤަބޫލުކުރުން. 2. މީހަކަށް ނިސްބަތްކުރުން. މ. މި ޅެން ކްރެޑިޓް ކުރެވެނީ ޞަލާޙުއްދީނަށް. 3. ދެއްކި ފައިސާ ކަމަށް އެކައުންޓް ފޮތެއްގައި ނޯޓުކުރުން. credit card ދަރަންޏަށް ތަކެތި ނެގުމަށް ހުއްދަ ދެވިފައިވާ ކަން ހާމަކުރާ ކާޑެއް. credit note (މ. މުދައު ހަލާކުވެފައިވާތީ) މީހަކު ތަކެއްޗަށް ދެއްކި ފައިސާ އޭނާއަށް އަނބުރާ ދޭންޖެހޭކަން އަންގައިދޭ ލިޔުމެއް. credits ފޮތެއް ނުވަތަ ފިލްމެއް އުފެއްދުމުގައި ބައިވެރިވި ފަރާތްތަކުގެ ހައިސިއްޔަތާއި ނަން. credit sale އެއްބަސްވުމެއްގެ ދަށުން ފަހުން ފައިސާ ދައްކާގޮތަށް ދޫކުރެވޭ މުދައު. credit transfer ބޭންކެއްގެ އެ ކެއްގެ އެކައުންޓުން އަނެކަކުގެ އެކައުންޓަށް ފައިސާ ބަދަލުކުރާ ނިޒާމު. do credit to މީހަކަށް ކްރެޑިޓް ނުވަތަ ޝަރަފު ގެނުވާ. މ. މުދައްރިސާ ހުރިހާ ކުދިންނާ އެއްގޮތަށް ކަންކަންކުރާތީ އޭނާއަށް ކްރެޑިޓް ގެނުވައެވެ.
creditableކްރެޑިޓަބްލް. ނއ. ސަނާއާއި ތަޢުރީފު ޙައްޤުވާ. އިޢުތިމާދު ލިބެންޖެހޭ. ކއ. creditably.
creditorކްރެޑިޓަރ. ނ. އެފަރާތަކަށް ދަރާފައިވާ ފަރާތް.
credulousކްރެޑިއުލަސް. ނއ. މާބޮޑު ހެއްކެއް ނުދެއްކިއަސް ފަސޭހައިން ޤަބޫލުކުރާ. ފަސޭހައިން ހައްލާލެވޭ. ނ. credulity.
creedކްރީޑް. ނ. 1. ނަޞާރާދީނުގެ މައިގަނޑު ރުކުންތަކުގެ ޚުލާޞާއެއް. 2. ޤަބޫލުކުރާ ކަންތައްތަކާއި އުޞޫލުތައް. ޢަޤީދާގެ އަސާސްތައް.
creekކްރީކް. ނ. 1. ހަނިކޮށް ރަށުތެރެއަށް ފަޅުވަދެފައިވާ ތަނެއް. 2. ކުރު ހަނި ކޯރެއް. up the creek ނުރަސްމީ ބަހުރުވައިން ދަތިތަކެއްގައި ވުން.
creelކްރީލް. ނ. މަސްވެރިން މަސްއަޅަން ގެންގުޅޭ ވަށިގަނޑެއް ނުވަތަ މުޅިއެއް ނުވަތަ ގޮނެއް.
creepކްރީޕް. ކ. 1. ލޫދުން، ފިރުކުން. ހަށިގަނޑު ބިމާ ގާތުގައި ބަހައްޓައިގެން ގޮސްއައިސްވުން. 2. ސިއްރުން، މަޑުން ނުވަތަ ނިކަމެތިކަމާއިއެކު ހެލިފެލިވުން. 3. ގެހިހެން ބިމަށް ނުވަތަ ފާރަކަށް ފެތުރޭގޮތަށް ހެދުން. 4. މަކުނު، ކުރަފި، ބިޗޫ ފަދަ ފިރުކެމުން ދުވާ ތަކެތި ގަޔަށް އަރައިގެން އުޅޭހެން އިޙްސާސްވުން. މި އިޙްސާސުން ނުރުހުން ނުވަތަ ބިރުގަތުން. –ނ. 1. ބަޔާންކުރެވުނު ގޮތަށް ކްރީޕްވާ ކްރީޕްވުން. 2. މީހުންގެ ފަރާތުން އެދުމެއް ފުއްދުމަށް އަޅުވެތިކަމާއެކު އުޅޭ މީހުން. give a person the creeps ނުރަސްމީ ބަހުރުވައިން މީހެއްގެ ހަންގަނޑު ކްރީޕް ވާ ގޮތް މެދުވެރިކުރުވުން.
creeperކްރީޕަރ. ނ. 1. ކްރީޕް ކުރާ ގަހެއް ނުވަތަ މީހެއް. ގެހި. 2. ވެލެއް ގޮތަށް ފެތުރޭ ގަހެއް.
creepyކްރީޕި. ނއ. 1. ނުފަރިތަ، އަޖީބު ހާލަތަކުން ބިރުގަންނަ. 2. ހިތްގައިމުނޫން އަދި ނުތަނަވަސްކުރުވާ (ޚާއްޞަކޮށް ނޭދެވޭ ގޮތަކަށް ޖިންސީ ގޮތަކަށް އުޅުމުން). ނ. creepiness. creepy-crawly ނުރަސްމީ ބަހުރުވައިން ބިމާ ހަށިގަނޑު ގާތްކޮށްގެން ހެލިފެލިވާ މަކުނު ފަދަ ހަފައި ލީ ސޫފި.
cremateކްރިމެއިޓް. ނ. މީހުން މަރުވުމުން، ވަޅުލުމުގެ ބަދަލުގައި ގަބުރުު އަޅިއަށް ވަންދެން އެންދުން.
crematoriumކްރެމެޓޯރިއަމް. ނ. ގަބުުރު އަންދާ ޢިމާރާތެއް.
cr è me de mentheކްރެމް ޑަ މަންތް. ނ. ފޮނި އަދި ކުދީނާ ރަހަ ލާ ރަލެއް.
crenellatedކްރެނެލޭޓިޑް. ނއ. ބަޑިދޮރު ކަނޑައިފައިވާ (ފާރެއް). މ. crenellation.
Creoleކްރީއޯލް. ނ. 1. ކެރީބިއަން އަދި ދެކުނު އަދި މެދު އެމެރިކާގައި ޔޫރަޕުގެ ދަރިފަސްކޮޅުން އައި މީހެއް. 2. މި ބައިމީހުން ވާހަކަ ދައްކާ ބަސް.
creosoteކްރިއޮސޯޓް. ނ. 1. ލަކުޑި ގިނަ ދުވަހު ބެހެއްޓުމަށް އޭގައި އުގުޅާ ކޯލާ ތާރުން އުފައްދާ ތެލެއް. 2. ލަކުޑީގެ ތާރުން އުފައްދާ ޖަރާސީމު މަރާ ހުދު ފެނެއް. –ކ. މި ތަނެއްގައި ލުން ނުވަތަ އުނގުޅުން.
cr è peކްރޭޕް. ކްރެއިޕް. ނ. ކުދި ރޫތަކެއް ހުންނަ ކަރުދާހެއް، ފޭރާމެއް، ރަބަރެއް. crèpe Suzette ފޮޅިއެއް ފޮނި ސަރުބަތަކަށް ލައި، ބްރެންޑީ އިން ރޯކޮށްލައިގެން ކާ އެއްޗެއް.
creptކްރެޕްޓް. ބަލާ creep.
crepuscularކްރިޕަސްކިޔުލަރ. ނއ. ކއ. އިރު އަރާ ވަގުތާއި އިރު އަރާ ވަގުތު ޙަރަކާތްތެރިވާ (މ. ޖަނަވާރު).
crescendoކްރިޝެންޑޯ. ކްރަޝެންޑޯ. ނ. ނއ. ކއ. 1. އަޑެއް މަޑުމަޑުން ގަދަވަމުން ދާ ދިއުން. މިޔުޒިކެއް ނުވަތަ އަޑެއް އެންމެ ގަދަވާ ހިނދު. –ކ. ކަމެއްގެ ފޯރި، ނުރައްކާ ނުވަތަ ޙަަރަކާތްތައް ގަދަވަމުން ދިއުން. އަޑު ގަދަވަމުން ދިއުން.
crescentކްރެސެންޓް. ނ. 1. ވަށްކޮށް ދެކޮޅު ތިއްކަކަށް ނިމޭ ނިޝާނެއް. ހުޅެވިހަނދު. 2. މި ބައްޓަމަށް ވާ އެއްޗެއް. 3. މި ކިއްސަރަށް އޮންނަ މަގެއް.
cressކްރެސް. ނ. ކުޑަ ކުޅިރަހައެއް ހުންނަ ސަޓަނީގައި ބޭނުންކުރާ ފަތުގެ ބާވަތެއްތަކެއް.
crestކްރެސްޓް. ނ. 1. ބައެއް ޖަނަވާރުތަކުގައި ބޮލުގެ މަތީގައިވާ މަސްކޮޅެއް ނުވަތަ ފިޔަތަކެއް. ހުޅި. 2. ހެލްމެޓެއްގައި ޖަހާފައި ހުންނަ ފިޔަތައް. 3. ބޮޑު ރާޅެއްގެ ހދުކޮށް އޮންނަ އެންމެ މަތީބައި. ރާޅުގެ ހުޅި. އުސް ފަސްގަނޑެއްގެ ނުވަތަ ކަތިި ތަނެއްގެ ކުރި. 4. ޔޫރަޕުގެ ބައެއް ޤައުމުތަކުގެ ބޮޑުންގެ އައްޑަނަ މަތީގައި ޖަހާ ނިޝާނެއް. މި ނިޝާން އެމީހުންގެ ސިޓީތަކުގައި ވެސް ލިޔެއެވެ. ނއ. crested.
crestfallenކްރެސްޓްފޯލަން. ނއ. ނާކާމިޔާބުން ދެރަވެ މާޔޫސްވެފައި.
Cretanކްރީޓަން. ނއ. މެޑިޓަރޭނިއަން ކަނޑުގެ އިރުމަތީ ބިތުގައިވާ ރަށެއްކަމުގައިވާ ކްރީޓް އަށް ނިސްބަތްވާ.
cretinކްރެޓިން. ކްރީޓިން. ނ. 1. ތައިރޮއިޑް ހޯމޯން މަދުވުމުގެ ސަބަބުން ބުއްދިއާއި ހަށިގަނޑު ފުރިހަމަ ނޫން މީހެއް. 2. ނުރަސްމީ ބަހުރުވައިން ވަރަށް ސޭކު މީހެއް. ނއ. cretinous.
cretonneކްރިޓޯން. ނ. ދޮރުފޮއްޗާއި ސޯފާ ހެދުމަށް ބޭނުންކުރާ ބޯ ކަފަ ފޮއްޗެއް.
crevasseކްރެވާސް. ނ. ގަނޑުފެނުން އުފެދިފައިވާ ކޯރެއްގައި ހިމެނޭ ފުން ކެނޑުމެއް.
creviceކްރެވިސް. ނ. 1. (ޚާއްޞަކޮށް ގަލެއްގައިވާ) ހަނި ރެނދެއް. 2. މީހެއްގެ ހަށިގަނޑުގައި، މ. މޫނުގައި، ވާ ފުން ރުލެއް.
crewކްރޫ. ނ. 1. މަތިންދާބޯޓެއްގައި ނުވަތަ އުޅަނދެއްގައި މަސައްކަތްކުރާ ފަޅުވެރިން. 2. އޮފިސަރުން ފިޔަވައި ފަޅުވެރިން. 3. އެއްކޮށް މަސައްކަތްކުރާ ބައެއް. 4. ވަގުންގެ ޖަމާޢަތެއް. –ކ. 1. ކްރޫ އެއްގެ ގޮތުގައި މަސައްކަތް ކުރުން. crew-cut ވަރަށް ތުނިކޮށް ފިރިހެނުން ބޯކޮށާ ފޭޑިއެއް.
crewކްރޫ. ބަލާ crow.
crewelކްރޫއަލް. ނ. ތިނޯހުގެ މަސައްކަތުގައި ބޭނުންކުރާ ދިގު އޮމާން ކެހެރި އުޔެއް.
cribކްރިބް. ނ. 1. ޖަނަވާރުތަކުގެ ބޯކޮށްޕައިގެން ކެވޭ ގޮތަށް ތޭރިޖަހާފައި ހުންނަ ގެރިބަކަރިއަށް ކާންއަޅާ ފޮށިގަނޑެއް. 2. ތުއްތުު ކުއްޖެއްގެ ވަށައިގެން އުސް ފަޑިލީ އެނދެއް. 3. ނަޞާރާދީނުގެ މީހުން ކްރިސްމަސް އާ ދިމާކޮށް އެމީހުންގެ ނަޒަރުގައި އީސާގެފާނުން ދުނިޔެއަށް ވަޑައިގަތުން ސިފަކޮށްދޭ ތަކެތިން ހަދައިފައިވާ މަންޒަރެއް. 4. ތާސްބައިން ކުޅޭ ކްރިބިޖްގައި ބަހާ މީހާއަށް ދޭ ގަނޑުތައް 5. މި ކުޅިވަރު. 6. އެހެން މީހެއްގެ މަސައްކަތަކުން (މ. ލިޔުމެއް) ކޮޕީކޮށްފައިވާ ބައެއް. 7. ބޭރު ބަހަކުން ލިޔެފައިވާ އެއްޗެއްގެ ތަރުޖަމާ. –ކ. ވަގުލުކުުރުން. މީހެއްގެ ލިޔުމެއް ހަވާލާނުދީ ކޮޕީކުރުން.
cribbageކްރިބިޖް. ނ. ދެމީހަކު ވެގެން ތާސްބައިން ކުޅޭ ޑިގު ބާވަތުގެ ކުޅިވަރެއް.
crickކްރިކް. ނ. މަސް ހަރުވެ ޙަރަކާތް ނުކުރުމުން ކަރަށް ނުވަތަ ބުރަކަށްޓަށް ވާ ތަދެއް. –ކ. މިތަދު އެރުން ނުވަތަ އެރުވުން.
cricketކްރިކިޓް. ނ. 11 ބަޔަކު ތިބެގެން ބޯޅައަކާއި ބެޓަކާއި ވިކެޓްތަކަކުން ކުޅޭ ކުޅިވަރެއް. not cricket ނުރަސްމީ ބަހުރުވައިން އިންސާފުން އެއްކިބާވެފައިވާ.
cricketކްރިކިޓް. ނ. މަސްކާށި ވައްތަރުގެ، ދެ ފިޔަ ކާއްތައިގެން އަޑެއް ނެރޭ ހަފައިލީ ސުއިއްޕެއް.
cricketerކްރިކިޓަރ. ނ. ކްރިކިޓް ކުޅޭ މީހެއް.
cri de coeurކްރި ޑި ކަރ. ނ. ވަރަށް ދަތި ހާލެއްގައިވާ މީހެއްގެ ފަރާތުން އެދޭ/ކުރާ ވަރަށް ބޮޑު އެދުމެއް/ޝަކުވާއެއް (ފަރަންސޭސި ބަހުން ހިތުގެ ރުއިން.)
crimeކްރައިމް. ނ. 1. ޤާނޫނުގައި އަދަބު ކަޑައެޅިގެންވާ ކުށެއް. ޖަރީމާ. 2. މިބާވަތުގެ ކުށް ނުވަތަ އެފަދަ ބޮޑެތި ކުށްތައް. 3. ވަރަށް ބޮޑު ލަދުވެތިކަމެއް. ވަރަށް މޮޔަކަމެއް. މ. ތި ދަތުރު ހިލޭ ކުރެވެން އޮއްވާ ނުކުރުމަކީ ކްރައިމް އެކެވެ.
Crimeanކްރައިމީއަން. ނއ. ރަޝިޔާގެ ދެކުނުގައި ކަނޑަށް ނިކުމެފައިވާ ބިމަކަށް ނިސްބަތްވާ.
crime passionelކްރީމްޕާސިއަނެލް. ނ. ޖިންސީ ހަސަދަވެރިކަމެއްގެ ސަބަބުން ކުރާ ކުށެއް (ޚާއްޞަކޮށް މީހަކު މެރުން).
criminalކްރިމިނަލް. ނ. ކްރައިމް އެއް (ކުށެއް) ކުރުމުގެ ސަބަބުން ކުށްވެރިވެފައިވާ މީހެއް. މުޖުރިމެއް. –ނއ. 1. ކްރައިމް އަކާ ބެހޭ. 2. ކްރައިމް އާއި އޭގެ އަދަބާ ބެހޭ. މ. ކްރިމިނަލް ޤާނޫނު.
criminologyކްރިމިނޮލޮޖީ. ނ. ކްރައިމް (ޖަރީމާ) އާ ބެހޭ ސައިންސް/ޢިލްމު. ނ. criminologist މި ދާއިރާގެ ޢިލްމުވެރިއެއް.
crimpކްރިމްޕް. ކ. 1. ކަރުދާހާއި ފޮއްޗާއި އިސްތަށިގަނޑު ނުވަތަ މިފަދަ އެހެން ތަކެތި ރޫޖެއްސުމަށް ފިއްތުން. ލޯނަރު އެއްޗަކާ ގުޅުމަށް ދޯރިއަކަށް ލައި ފިއްތާލުން. 2. ހުދޫދެއްގެ ތެރޭގައި އުޅުން ހިފަހައްޓާ ނުފޫޒަކަށް ވުން. 3. ޕެޓީ ފަދަ އެއްޗެއް ހަދާއިރު ކޮޅު މަޅާލުން.
crimsonކްރިމްސަން. ނ. ނއ. ގަދަ ރަތްކުލަ.
cringeކްރިންޖް. ކ. ހިތްހަމަ ނުޖެހިގެން، ބިރުން، އަޅުވެތިކަމުން، ފިނިކަމުން، ހަށިގަނޑު ގުދުވުން.
crinkleކްރިންކްލް. ކ. ރޫ ޖެއްސުން ނުވަތަ ޖެހުން. ނ. މިގޮތަށް ޖެހިފައިވާ ރޫ. ނއ. crinkly.
crinolineކްރިނޯލިން. ނ. އަންހެނުންގެ ހެދުމުގެ ފަސްބައި ހަށިގަނޑާ ދުރުކުރުމަށް ހެދުމުގެ އަޑިން އުނަގަނޑުގައި ބަންނަ ގިޔުގަނޑެއް.
crippleކްރިޕްލް. ނ. 1. ދާއިމީކޮށް ކޮރުޖަހާ މީހެއް. –ކ. 1. ކޮރުކޮށްލުން. 2. ނިކަމެތިކޮށްލުން، ބޮޑު ގެއްލުމެއް ލިބުން. މ. ލޭންދޭން ކުރުމުން ވިޔަފާރި ކްރިޕްލް ވެއްޖެއެވެ.
crisisކްރައިސީޒް. ނ. 1. ގޮތްތަކެއް ކަނޑައަޅަންޖެހޭ މުހިއްމު ވަގުތެއް. 2. ގަދަ ނުރައްކަލާއި ދަތި ކުރިމަތިވެފައިވާ ވަގުތެއް.
crispކްރިސްޕް. ނއ. 1. ކުއްލި އަޑަކާ އެކު ފަސޭހައިން ބިނދޭ. މުރަނަ 2. ހަރު. މ. ކްރިސްޕް 100 ރުފިޔާގެ ނޫޓެއް. 3. ފިނިވެފައި ތާޒާކުރާ. މ. ކްރިސްޕް ހެނދުނެއް. 4. އަވަސްވެފައި ކުރަންޖެހޭ ކަންކަން އެނގޭކަން ހާމަވާ. މ. ކްރިސްޕް ޙަރަކާތްތަކެއް. –ނ. ތުނިކޮށް ލިޔެފައި ހުންނަ ތެލުލި ވިލާތު އަލުވި. މި ގިނައިން ވިއްކަނީ ޕެކެޓުގައެވެ. –ނ. މުރަނަ ކުރުން ނުވަތަ މުރަނަވުން. ކއ. crisply. ނ. crispness. burnt to a crisp ވަރަށް ބޮޑަށް އަނދާފައި، މުރަނަވާ ވަރަށް އަނދާފައި. މ. ފިހުނުމަސް.
crispyކްރިސްޕީ. ނއ. crisp ބަލާ.
criss-crossކްރިސް-ކްރޮސް. ނ. މަތިން ތިރިއަށް އަދި ވާތުން ކަނާތައް ރޮނގުތަކެއް ހުރަސްކޮށް ވާ ޕެޓަން އެއް. –ނއ. ހުރަސްވާ ރޮނގުތަކެއް ހިމެނޭ. –ކ. މި ސިފައަށް ރޮނގުތަކެއް ދެމުން، ފާހަގަލުން، އެތުރުން ނުވަތަ ޙަރަކާތް ކުރުން.
criterionކްރައިޓީރިއަން. ނ. އެއްޗެއް އިންސާފުކުރާ މިންގަނޑު. މިޢުޔާރު. ގިނަވުމުން ކިޔަނީ criteria.
criticކްރިޓިކް. ނ. 1. އެއްޗަކުން ކުށް ދައްކާ މީހާ. ފާޑުކިޔާ މީހާ. 2. ފަންނީ ބައެއް މަސައްކަތާ މެދު (މ. ފޮތް، ފިލްމު) ގޮތްކިޔުމަށް އެއަށް އިންސާފުކޮށް ނޫހަށާއި އެހެން ބޭނުންތަކަށް ފެންނަގޮތް ބަޔާންކުރާ މީހާ. ފާޑުކިޔާ މީހާ.
criticalކްރިޓިކަލް. ނއ. 1. ކުށް ބަލާ. 2. ކުށްތައް ބަޔާންކުރާ. 3. ކްރައިސީޒް އާ ބެހޭ. މ. ކްރިޓިކަލް ވަގުތެއް. ބޮޑު ބަދަލެއް އަންނަ ހިނދެއް. މ. ބަލިމީހެއްގެ ޙާލަތު ކްރިޓިކަލް އެވެ – ބަލިމީހާގެ ބަލިކަން ވަރަށް ނުރައްކާ ވެއްޖެއެވެ. 4. ދެން ވާނެ ގޮތަކަށް ވަރަށް މުހިއްމު. މ. މިކަން ކުރުމަށް ރައީސްގެ އެހީ ވަރަށް ކްރިޓިކަލް އެވެ. critical thinkingއަމިއްލަ ޚިޔާލުތަކާއި ތަޢައްޞުބު އެއްކައިރިކޮށް، ކަމަކާ ދޭތެރޭ ފުންކޮށް ވިސްނުން. ކއ. critically. critical path analysis ބޮޑު ކަމެއް ކުރާއިރު، އެންމެ ރަނގަޅަށް އެކަން ނިންމުމަށް އެކަމުގައި ހިމެނޭ އެކި ކަންކަން ކުރާނޭ ތަރުތީބު ދެނެގަތުމާ ބެހޭ ސައިންސް.
criticismކްރިޓިސިޒަމް. ނ. 1. ކުށް ދައްކާ ދެއްކުން. 2. ދެއްކި ކުށެއްގެ ބަޔާން. 3. ކްރިޓިކް އެއްގެ މަސައްކަތް. ފޮތަކާ ނުވަތަ ފަންނީ މަސައްކަތަކާ ބެހޭ ގޮތުން އޭނާގެ ނިންމުން.
criticizeކްރިޓިސައިޒް. ކ. ކުށް ދެއްކުން. ފާޑުކިޔުން. ފެންނަ ގޮތެއް ހުށަހެޅުމަށް ފަރުވާތެރިކަމާއެކު ކަމެއް ބެލުން.
critiqueކްރިޓީކް. ނ. މ. ސިޔާސީ މައްސަލައެއް ފަދަ ކަމަކާ ނުވަތަ މ. ފިލްމެއް ނުވަތަ ނަޒަރިއްޔާއެއް ފަދަ އެއްޗަކާ ބެހޭ ގޮތުން، އެކަމެއް ތަޙްޤީޤު ކުރުމަށް ފަހު ލިޔާ ބަޔާނެއް. ގިނަ ފަހަރު މި ބަޔާނަކީ ނުރަނގަޅު ބަޔާނެކެވެ. –ކ. ފޮތެއް ފިލްމެއް ފަދަ އެއްޗެއްގެ ފެންވަރާ ބެހޭގޮތުން، ޚިޔާލެއް ނުވަތަ ފެންނަ ގޮތެއް ހުށަހެޅުން.
crochetކްރޯޝޭ. ނ. ބަޅު ކައްޓަކުން، ރޮނދީގެ ބޮޅުތަކެއް އެއް ބޮޅު އަނެއް ބޮޅާ ގުޅުވައިގެން ކުރާ އަތްތެރި މަސައްކަތެއް. –ކ. އެއްޗެއް ކޮރޯޝޭ ކުރުން.
crockކްރޮކް. ނ. 1. މަށިން ހަދައިފައިވާ ތެއްޔެއް ނުވަތަ އެހެންވެސް ކަންވާރެއް. 2. ފުފޭމުށި. ކަންވާރެއްގެ މުށިކޮޅެއް.
crockކްރޮކް. ނ. ނުރަސްމީ ބަހުރުވައިން 1. ބަލިވާ އަދި ކޮރުޖަހާ މީހެއް. 2. ވަރަށް ގިނަ ދުވަސްވެ ހަލާކުވާން ކައިރިރިވެފައިވާ އުޅަނދެއް ނުވަތަ އެއްގަމު އުޅަނދެއް. –ކ. crock up ކްރޮކް އަކަށް ވުން ނުވަތަ އެފަދަ ގޮތަކަށް ބަދަލުކުރުން.
crockeryކްރޮކަރި. ނ. ގޭގައި ގެންގުޅޭ ތަށިމުށިން ހަދާފައި ހުންނަ ކެއުން ބުޔުމަށް ބޭނުންކުރާ ތަކެތި.
crocodileކްރޮކޮޑައިލް. ނ. 1. ހޫނު ހިސާބުތަކުގެ ފެނާގާތް ތަންތަނުގައި އުޅޭ ކޮލުކަށިގަނޑު ވަރަށް ދިގު، ނިގޫ ދިގު، ހަންބޯ، ބިސް އަޅާ ޖަނަވާރެއް. ކިނބޫ. 2. ދަބަސް ފައިވާ ފަދަ ތަކެތި ހެދުމަށް ބޭނުންކުރާ މީގެ ހަން. 3. ދެކުދިން ދެކުދިންނަށް ހިނގަމުންދާ މަދަރުސާކުދިންގެ ސަފެއް. crocodile tears އިޚްލާޞްތެރިކަމެއް ނެތް ދެރަވުން. (ކާނާއެއްގެ ގޮތުގައި އެހެން ޖަނަވާރުތައް ކާއިރު، ލޮލުން ކަރުނަ ފެންނަކަމަށް ކިޔާތީ ބުނާ އިބާރާތެއް.)
crocusކްރޮކަސް. ނ. ގޮނޑިއަކުން ހެދޭ ހުދު، ރީނދޫ، ދަނބު މައު އަޅާ ކުޑަ ގަހެއް.
croftކްރޮފްޓް. ނ. ސްކޮޓްލަންޑްގައި ވަށައިގެން ފުޅަށް ޖަހާފައި ހުންނަ ކުދި ދަނޑުބިން. ގިނަ ފަހަރު މި ތަންތަނުގައި ދަނޑު ހައްދަނީ ކޮންމެވެސް މީހަކު ކުއްޔަށް ހިފައިގެންނެވެ.
croissantކްވަސާން. ކްރަސާން. ނ. ހުޅެވިހަނދާ ވައްތަރު ބައްޓަމަށް ހުންނަ، ގޮދަންފުށާއި ބަޓަރާއި ކިރު އަޅައިގެން ފިހާ އެއްޗެއް.
cromlechކްރޮމްލެކް. ނ. މާކުރީ ޒަމާނެއްގައި އިނގިރޭސި ވިިލާތުގައި މީހަކު ވަޅުލުމަށް ފަހު، ހިލަތަކެއް ތެދަށް ބިމަށް ޖަހައި އޭގެ މަތީގައި ފަތާކޮށް އެހެން ހިލައެއް ބާއްވައިގެން ހަދާ މަޤްބަރާއެއް. މީހަކު ވަޅު ނުލައި، ވަށްބުރަށްް ވެސް ގައުޖަހާފައި ހުރެއެވެ.
cronyކްރޯނި. ނ. ކޮންމެވެސް ބާރެއް އޮންނަ މީހަކާ ގާތް، ތެދުވެރިނޫން ކަންކަން ކޮށްދޭ، މުވައްޒަފެއް ނުވަތަ ރައްޓެއްސެއް.
crookކުރުކް. ނ. 1. ކަންބަޅިގޮއިން ބޭނުންކުރާ ފަދަ ގުދުކޮށް އޮންނަ ދަނޑިބުރިއެއް. 2. ލެނބިފައި ނުވަތަ ގުދުކޮށް އޮންނަ އެއްޗެއް. މ. ދަރުމާރު ގެނައީ އަތްދަނޑީގެ ކުރުކް ގައި ބާއްވައިގެންނެވެ. 3. ނުރަސްމީ ބަހުރުވައިން، ތެދުވެރިނޫން ޢަމަލުތަކުން ދިރިއުޅުމެއް ހޯދާ މީހާ. –ކ. ގުދުކޮށްލުން ނުވަތަ ލެންބުން.
crookedކްރުކިޑް. ނއ. 1. ބަޅުވެފައިވާ. ގުދު، ތެދުނޫން. 2. ތެދުވެރިނޫން. މަކަރާއި ތެދުވެރި ނޫން ޢަމަލުތައް މެދުވެރިކޮށް ކަންކަން ކުރާ. މ. ކްރުކިޑް ފުލުހުން. ކއ. crookedly. ނ. crookedness.
croonކްރޫން. ކ. ލުއިކޮށް މަޑުން ލަވަކިޔުން.
cropކްރޮޕް. ނ. 1. އެއިން ލިބޭ މޭވާ، ތަރުކާރީ، ނުވަތަ ގޮވާމަށްޓަކައި އެއް ފަހަރާ ހައްދާ ގަސްތަކެއް. 2. މި ފަދަ ގަސްތަކަކުން ލިބޭ ގޮވާން ނުވަތަ މޭވާ ނުވަތަ ތަރުކާރީ. 3. އެއް ފަހަރެއްގެ މަތިން އުފައްދާ ނުވަތަ ލިބޭ މިންވަރު ނުވަތަ ތަކެތި. މ. މި އަހަރު ޓެސްޓްގައި ބައިވެރިވި ކުދިންގެ ކްރޮޕް. 4. ދޫނިތައް، އޭގޭ ކާނާ ބަނޑަށް ފޮނުވުމުގެ ކުރިން ކުދިކުރަން ލާ ކޮތަޅު. ކޭކުލި. 5. ވައު ބޮޅެއް އައްސައިފައިވާ އަސް ފަދަ ތަކެތީގައި ތަޅަން ގެންގުޅޭ އަސައެއްގެ އަތްގަނޑު. 6. ވަރަށް ކުރުކޮށް ބޯކޮށާ ކޮށުން. –. 1. ބުރިކުރުން ނުވަތަ ކެފުން. މ. ބަކަރިތައް ވިނަތައް ކްރޮޕްކޮށްފިއެވެ. 2. ބޯކޮށުން ޚާއްޞަކޮށް ކުރުކޮށް. 3. މޭވާ، ތަރުކާރީ، ނުވަތަ އޮށް އެޅުން. crop up ހީނުކޮށް ހުއްޓައި ކަމެއް ކުރިމަތިވުން.
cropperކްރޮޕަރ. ނ. ގޮވާމެއް ފަދަ އެއްޗެއް އަޅާގަހެއް. މ. ރަނގަޅު ކްރޮޕަރ އެއް – ރަނގަޅު މަތިވަރެއް އަޅާ ގަހެއް. come a cropper ނުރަސްމީ ބަހުރުވައިން ގަދައަށް ވެއްޓުން ނުވަތަ ބޮޑަށް ނާކާމިޔާބުވުން.
croquetކްރޯކޭ. ނ. ލަކުޑި ބޯޅައެއްގައި މުގުރަކުން ޖަހައިގެން ދުންޏެއްގެ ތެރެއިން ބޯޅަ ދުއްވައިގެން ކުޅޭ ދަނޑު ކުޅިވަރެއް.
croquetteކްރޮކެޓް. ނ. ދިވެހީން ކަޓުލެޓުގެ ގޮތުގައި ހަދާ ހެދިކާ އާ ދާދި އެއްގޮތަކަށް ހަދާ އެއްޗެއް. މަހާއި ތަރުކާރީ އެއްކޮށް، މުގުރި ފާރޮށި ކުނޑި އުގުޅާ ތެއްލާ އެއްޗެއް.
croreކްރޯ. ނ. ދިހަ މިލިއަން. 100 ލައްކަ. ކުރޯޑު.
crosierކްރޯޒިއަރ. ނ. ވަކި ސަރަޙައްދެއްގެ ނަޞާރާދީނުގެ ފާދިރީންގެ ވެރިމީހާ (ބިޝޮޕް) އޭނާގެ މަޤާމު ހާމަކުރަން ގެންގުޅޭ އެއްކޮޅު ބަޅު އަަސައެއް.
crossކްރޮސް. ނ. 1. އެއް ރޮނގު ހުރަސްކޮށް އަނެއް ރޮނގު ދެމީމާ ކުރެހޭ ނިޝާން. ރަސްގެ. + ނުވަތަ ×. 2. ކުރީ ޒަމާނުގައި މީހުން ޞަލީބަށް އަރުވަން އެއް މުޑި ހުރަސްކޮށް ފަރުމާނެއް އައްސައިގެން ހަދާ ލަކުޑި ކާލިގަނޑެއް. 3. ޢީސާގެފާނު އަވަހާރަވީ ޞަލީބަށް އަރުވައިގެން ކަމަށް ނަޞާރާއިން ހީކޮށް އެ ދީނުގެ ނިޝާނެއްގެ ގޮތުގައި ބޭނުންކުރާ ނިޝާން ނުވަތަ ކާލިގަނޑު. 4. މީހާ ނުރުހޭ ނަމަވެސް ކެތް ކުރަންޖެހޭ ކަމެއް. ބައްޔެއް. 5. ކާލިގަނޑެއް ހިމެނޭ ނިޝާނެއް ނުވަތަ ޝަރަފުގެ މެޑެއްޔެއް. މ. ވިކްޓޯރިއާ ކްރޮސް. 6. އެކަތީގެ ފިރިހެން ބައި އެހެން ވައްތަރެއްގެ އެއްޗެއްގެ އަންހެން އެއްޗާ ޖޯޑުކޮށްގެން އުފެދޭ ގަސް ނުވަތަ ޖަނަވާރު. 7. ދެ އެއްޗެއްގެ އެކުވި. –ކ. 1. ހުރަހަށް ބެހެއްޓުން ނުވަތަ ބޭއްވުން. crossed phone line އޮޅުމަކުން ގުޅޭ ފޯނު ނަންބަރު 2. ހުރަހަށް ރޮނގެއް ދެމުން. crossed cheque ޗެކު ދީގެން ނަޤްދު ފައިސާ ނުނެގޭގޮތަށް ހުރަހަށް ދެ ރޮނގެއް ދަމާފައިވާ ޗެކު. 3. އެއްޗެއްގެ މަތީގައި ކާލިގަނޑު (އިޝާރާތުން ނަމަވެސް) ކުރެހުން. 4. ހުރަސްކުރުން. ހުރަސްކޮށް ދިއުން. 5. ނާއުއްމީދުކޮށްލުން. ބައެއް އެދޭގޮތާއި ނުވަތަ ރޭވުންތަކާ ޚިލާފުވުން. 6. ޖަނަވާރުތައް ކްރޮސްބްރީޑް ކުރުން ނުވަތަ ގަސްތައް ކްރޮސްފާޓިލައިޒް ކުރުން (ވައްތަރު ނޫން ދެ އެއްޗެއް ޖޯޑުކުރުވުން). –ނއ. 1. ހުރަހަށް ދަތުރުކުރުން މ. ކްރޮސް ވިންޑް (ހުރަސް ވައި ރޯޅި) މީހަކު ދަތުރުކުރާ ދިމާ ހުރަހަށް ދަތުރުކުރާ ވައިރޯޅި. 2. ރުޅި އައިސްފައި. ރުޅިއަވަސް ވެފައިވުން. 3. ކއ. crossly. ނ. crossness. at cross purposes ކުރަން ބޭނުންވާ ކަން އޮޅިފައި. ނޭނގުމުގެ ސަބަބުން ހިތް ހަމަ ނުޖެހިފައި. cross a person’s path މީހަކާ ކުޑައިރުކޮޅަކަށް ދިމާވުން މ. މަގުމަތިން. cross in the post އެކަކުގެ ސިޓީ ޕޯސްޓުން ނުލިބެނީސް އަނެކަކުގެ ސިޓީ ޕޯސްޓުން ފޮނުވުން. cross off ލިޔުމެއް ރޮނގުދަމައި ކަނޑާލުން. cross one’s mind ކުޑަ ވަގުތު ކޮޅަކަށް މީހެއްގެ ޚިޔާލަށް އެއްޗެއް އައުން. cross out ބޭނުން ނެތުމުން، ލިސްޓެއްގައިވާ އައިޓަމެއް ހުރަސްކޮށް ރޮނގެއް ދަމާލުން. crosswords ދެބަސްވުމެއް ވުން. keep one’s fingers crossed ނޭދެވޭ ކަމެއް ނުވާނެކަމަށް ހީކޮށް ރަނގަޅު ނަޞީބަށް އެދި އެއް އިގިލި މަތީ އަނެއް އިނގިިލި ހުރަސްކުރުން. on the cross ހުރަހަށް ނުވަތަ ކައްޗަށް. ނުރަސްމީ ބަހުރުވައިން ތެދުވެރިކޮށް ނޫން.
crossbarކްރޮސްބާރ. ނ. ހުރަހަށް ހުންނަ ދަގަނޑެއް ފަދަ ދަނޑިއެއްް. ހުރަސްދަގަނޑު.
crossbowކްރޮސްބޯ. ނ. ދުނި ދަމާ ދޫކުރަން ދުނީގެ މެދުން ދަނޑިއެއްގައި ފާލު އެޅޭ ބައެއް ހިމެނޭ ބާރުގަދަ ދުންޏެއް.
cross-breedކްރޮސްބްރީޑް. ކ. ޖަނަވާރެއް އޭތީގެ ވައްތަރު ނޫން އެހެން ވައްތަރެއްގެ ގާތްކުރާ ޖަނަވާރަކާ ޖޯޑުކޮށްގެން ދަރިން އުފެއްދުން. މ. ދިވެހި ކުކުޅަކާ ބޭރު ހާލެއް. –ނ. މިގޮތުން އުފަންވާ ޖަނަވާރު.
cross-checkކްރޮސް-ޗެކް. ކ. އެއްޗެއް ރަނގަޅުތޯ އެހެން ގޮތަކަށް ބެލުން.
cross-countryކްރޮސް-ކަންޓްރީ. ނއ. ކއ. ދަނޑުތައް ފަޅުތައް ހުރަސްކޮށް. މަގަކުން ނޫން. މ. ރޭހެއް ދުވުން.
cross-dressingކްރޮސް-ޑްރެސިންގ. ނ. އަންހެނުން ފިރިހެނުންގެ ހެދުން އަޅައި ފިރިހެނުން އަންހެން ހެދުން އަޅައިގެން އުޅުން.
crosseކްރޮސް. ނ. ލެކްރޮސް ކުޅޭއިރު ބޭނުންކުރާ އެއްކޮޅުގައި ދައުގަނޑެއް ފުރި ދަބެއް.
cross-examineކްރޮސް-އިގްޒާމިން. ކ. ތަފްޞީލު ސުވާލުތައް މީހަކާ ކުރުން (ޚާއްޞަކޮށް ޝަރީޢަތެއްގައި ހެކިވެރިޔާ ދައްކާ ވާހަކައަކީ ތެދެއްކަން ކަށަވަރު ކުރުމަށް). ނ. cross-examination.
cross-eyedކްރޮސް-އައިޑް. ނއ. އެއްލޯ ނުވަތަ ދެލޯ ނޭފަތާ ދިމާއަށް އެނބުރިފައި. އަވަރުވެފައި.
cross-fertilizeކްރޮސް-ފާރޓިލައިޒް. ކ. އެއް ގަސް އެެހެން ބާވަތެއްގެ ގަހަކާ ޖޯޑުކުރުވުން. ނ. cross-fertilization.
crossfireކްރޮސްފަޔަރ. ނ. ދެތަން ނުވަތަ އެއަށް ވުރެ ގިނަ ތަނުން ބަޑީގެ އުންޑަ ހުރަސްވާ ގޮތަށް ބަޑިޖެހުން.
cross-grainedކްރޮސް-ގްރެއިންޑް. ނ. 1. ލަކުޑީގެ ކީލި ހުރަހަށް ހުރި. 2. އަވަހަށް ރުޅި އަންނަ.
crossingކްރޮސިންގ. ނ. 1. ފެން/ލޮނު ހުރަސްކޮށް ކުރާ ދަތުރެއް. 2. ދެ އެއްޗެއް ހުރަސްވާ ތަނެއް. 3. މަގުގައި ހިނގާމީހުން މަގު ހުރަސްކުރަން ފާހަގަކޮށްފައިވާ ތަނެއް.
cross-leggedކްރޮސް-ލެގްޑް. ނއ. ކއ. ތަނބިކަށި ހުރަސްކޮށް ކަކޫ ދުރުކޮށް (އިށީންނަ ގޮތެއް).
cross-patchކްރޮސް-ޕެޗް. ނ. އަވަހަށް ރުޅިއަންނަ މީހެއް.
cross-plyކްރޮސް-ޕްލައި. ނއ. ފައިބަރު ޖަހާއިރު ކުނާގެ ރޮނދިތައް ހުރަސްވާގޮތަށް އެއް ކުނާ މަތީ އަނެއް ކުނާ ޖެހި. މިކަހަލަ ގޮތަކަށް ކާރުގެ ބޭރު ހަމުގެ ނަރުތައް ހުރަސްކޮށްފައިވާ.
cross-pollinateކްރޮސް-ޕޮލިނެއިޓް. ކ. އެއް ގަހުގެ މަލުގެ ފުއް ނުވަތަ ގެމީޓު އެހެން ގަހެއްގެ ގެމީޓަކާ ޖޯޑުކުރުން/ތަލްޤީޙު ކުރުން. ނ. cross-pollination.
cross-questionކްރޮސް-ކްއެސްޗަން. ކ. ކުރިން ދިން ޖަވާބުތައް ރަނގަޅުތޯ ޔަޤީންކުރުމަށް، ބޮޑަށް ސުވާލުކުރުން.
cross-referenceކްރޮސް-ރެފަރެންސް. ކ. ފޮތެއްގައި ހިމެނޭ ވާހަކައާ ގުޅިގެން އެ ވާހަކަ ފޮތުގެ އެހެން ތަނެއްގައި ވެސް އިތުރު މަޢުލޫމާތާއެކު ކަން އަންގަން ލިޔާ ނޯޓު.
crossroadsކްރޮސްރޯޑްސް. ނ. ދެ ނުވަތަ ގިނަ މަގު ބައްްދަލުވާތަން. ހަތަރު އަނގޮޅި.
cross-sectionކްރޮސް-ސެކްޝަން. 1. ހުރަހަށް އެއްޗެއް ބުރިކޮށްލުމުން ފެންނަ ގޮތް ދައްކުވައިދޭ ކުރެހުމެއް. 2. ހުރިހާ އެއްޗެތީގެ މައިގަނޑު ސިފަ ހާމަކުރާ މިސާލެއް ނުވަތަ ނަމޫނާއެއް.
cross-talkކްރޮސް-ޓޯކް. ނ. 1. އެހެން ދެބައެއްގެ ދެމެދުގައި ދައްކާ ވާހަކައެއް ފޯނަކުން އަޑުއިވެމުންދާ ދިއުން. 2. މުނިފޫހިފިލުވުމަށް ހެއްވާ ދެމީހެއްގެ ދެމެދުގައި ދެކެވޭ ވާހަކަ.
cross-treesކްރޮސް-ޓްރީސް. ނ. ނަވެއްގެ އުސް ކުނބު ހިފެހެއްޓުމަށް ހުރަހަށް އަޅާ ދެ ފަރުމާނުފަދަ ބެރި.
crossways / crosswiseކްރޮސްވޭޒް ނުވަތަ ކްރޮސްވައިޒް. ނއ. ދިގަށާއި ހުރަހަށް. އެއްކުރާ ފާހަގައެއް.
crosswordކްރޮސްވާރޑް. ނ. ހުރަސްވާގޮތަށް ހުންނަ ލަފުޒުތަކެއް، އިޝާރާތް ކުރާ ޢިބާރާތްތަކަކުން ފުރިހަމަ ކުރާ ބުރަފަތި ލަފުޒު އަރަތް.
crotchކްރޮޗް. ނ. 1. އެއްޗެއް ދެކަފިވާތަން. 2. ހެދުމެއްގެ ނުވަތަ ހަށިގަނޑެއް ދެފަޔަށް ބައިވާތަން. ކަށް.
crotchetކްރޮޗިޓް. ނ. މިޔުޒިކްގެ ނޯޓެއްގެ ދިގުމިނުގެ ވަޒަނެއް. ދެ ކުއެވަރ ނުވަތަ ބައި މިނިމް.
crotchetyކްރޮޓްޗިޓި. ނއ. ފަސޭހައިން ރުޅިއަންނަ ގޮތް ވެފައި. މ. ކައްކާ ނިމުނު އިރު ގިނައިރުވެގެން ކުދިން ވަނީ ކްރޮޓްޗިޓި ހާލަތެއްގައެވެ.
crouchކްރައުޗް. ކ. ފެނިދާނެތީ ނުވަތަ ދިފާޢުވުމަަށް ކަކޫ ގުދުކޮށް ހަށިގަނޑު ބިމާ ގާތަށް ގެނައުން. އުޑަފައިން އިށީނުން.
croupކްރޫޕް. ނ. ނޭވާހޮޅި ދުޅަވެ، ނޭވާލާން އުނދަގޫވެ، ހަރު ކެއްސުމެއް ހުންނަ ކުޑަކުދިންނަށް ޖެހޭ ބައްޔެއް.
croupierކުރޫޕިއަރ. ނ. ޖުވާކުޅޭއިރު ފައިސާ ފޮތިތައް މަށަންދަތި ފާޑުގެ އެއްޗަކުން މޭޒުމަތިން ކަހާ، ފައިސާ ދޫކުރާ މީހާ.
croutonކްރޫޓޯން. ނ. ސުރުވާ ފަދަ ބުޔުންތަކާ އެކު ކާން ބޭނުންކުރާ މުރަނަ ކުރި ނުވަތަ ތެލުލި ޕާން ނުވަތަ ފާރޮށި ބުރިތަކެއް.
crowކްރޯ. (ކިޔާއިރު ހީވާނީ ކްރޮއު މިހެން ކިޔާ ހެނެވެ.) ނ. ކަޅުކުލައިގެ ބޮޑު ދޫންޏެއް. ކާޅު. as the crow flies ތެދު ރޮނގަކަށް. crow’s feet ލޮލުގެ ކޮޅުން ކަންފަތާ ދިމާއަށް މުސްކުޅިވުމުން މޫނުގައި ޖެހޭ ރޫތަކެއް. crow’s nest ނައުފަހަރުގެ ކުނބުގެ ކުރީކޮޅުގައި، ދުރު ބަލަން ހުންނަ ވަށިގަނޑެއް.
crowކްރޯ. ކ. 1. ހާލެއް ގޮވާހެން އަޑުގަދަކޮށް ތޫލިކޮށް ގޮވުން. 2. ކުޑަކުދިން ނަމަ، އުފަލުން ލައްވާ އަޑު. 3. އުފާވެރިކަން ހާމަކުރުން. –ނ. މިފަދަ އަޑެއް.
crowbarކްރޯބާރ. ނ. މަތައެއްގެ ގޮތުގައި ބޭނުންކުރާ އެއްކޮޅު ގުދުކޮށް މަހެއްގެ އަނގަހެން ހަދާފައިވާ ދަގަނޑެއް. ދަތްދަގަނޑު. ޖަންބޫރަ އަކީ ވެސް މިގޮތަށް ބޭނުންކުރާ އެއްޗެކެވެ.
crowdކްރައުޑް. ނ. ގިނަ ބައެއްގެ އެއްވުން. ރެސް. –ކ. އެއްވުން. 2. އެއްޗެއް ތަކެތިން ނުވަތަ މީހުންނާއިގެން ފުރިފައި ވުން. ނއ. crowded. crowd out މީހުން ނުވަތަ ތަކެތި ގިނަވުމުގެ ސަބަބުން އެތެރެނުވުން ނުވަތަ ގަސް ނަމަ، އެހެން ގަސްތައް ގިނަވެގެން ހެދޭގޮތް ނުވުން.
crowfootކްރޯފުޓް. ނ. ވަލުގައި ހެދޭ ކުޑަ ގަހެއް.
crownކްރައުން. ނ. 1. ރަސްކަލުންނާއި ރާނީން، ބޮލުގައި އަޅާ އެއްޗެއް. ތާޖު. 2. ރަސްކަމުގެ ނުވަތަ ރަނިކަމުގެ މަޤާމު ނުވަތަ އޭނާގެ އަމުރު. 3. the Crown އިނގިރޭސި ވިލާތުގެ އެންމެ އިސް ވެރިފަރާތް. މިލްކުވެރިކަން ވެރިފަރާތަށްވާ. ބަންޑާރަ. Crown colony އިނގިރޭސި ވިލާތުން އިސްތިޢުމާރު ކޮށްފައިވާ ޤައުމެއް. 4. ކާމިޔާބުގެ ރަމްޒެއްގެ ގޮތުގައި ބޮލުގައި އަޅާ ތާޖު ފާޑަށް ހުންނަ އޮފިން ނުވަތަ މަލުން ހަދައިފައިވާ ތަކެތި. 5. ތާޖު ސިފަޖަހާ ތަކެތި. 6. ދުނިކޮށްވާ ކޮންމެ އެއްޗެއްގެ ވެސް އެންމެ އުސްބައި ނުވަތަ އެހެން އެފަދަ އެއްޗެއްގެ ވެސް މަތި. – 1. ކާމިޔާބު ބާރުގެ ރަމްޒެއްގެ ގޮތުން ބޮލުގައި ތާޖެއް އެޅުން. 2. އެއްްޗެއްގެ މަތީބައި ރީތިކުުރުން، ސިފަޖެއްސުން، ނިވާކުރުން. 3. ކަންތައްތައް ކާމިޔާބު ނިމުމަކަށް ގެނައުން. މ. our efforts were crowned with success. އަހުރެމެންގެ ހިއްމަތް ނިމުނީ ކާމިޔާބުންނެވެ. 4. ދަތެއްގެ މަތީބައިގައި މަޞްނޫޢީ ދޯރިއެއް އެޅުވުން. 5. ނުރަސްމީ ބަހުރުވައިން ބޮލުގައި ޖެހުން. Crown Court އިނގިރޭސި ވިލާތުގައި ޖިނާޢީ މައްސަލަތައް ބަލާ ކޯޓު. Crown jewels ރަސްކަމަށް މީހަކު އިސްކުރާއިރު ބޭނުންކުރާ އަސައަކާއި ތާޖަކާއި އަދި މިނޫންވެސް މިފަދަ ތަކެތި. crown prince/princess މިހާރު ރަސްކަން ކުރާ ފަރާތް ނެތުމުން ދެން ތަޚުތަށް އިސްވާނޭ ފަރާތް. ވަލީޢަހުދު.
crucialކްރޫޝަލް. ނއ. ވަރަށް މުހިއްމު. ވަރަށް މުހިއްމު ކަމެއް ނިންމުމަށް ބޭނުންވާ. ކއ. ކުރޫޝަލީ.
crucibleކްރޫސިބްލް. ކްރޫސިބަލް. ނ. ރަތުލޯ ފަދަ ލޯހާ ވިރުވަން ގެންގުޅޭ ކަންވާރެއް. އުނބު. މިއީ ވަރަށް ގަދައަށް ހޫނުކުރުމުން ވެސް ހަލާކުނުވާ ކިސަޑަކުން ހަދާ އެއްޗެކެވެ.
crucifixކްރޫސިފިކްސް. ނ. ނަޞާރާއިން ފަށުފުލަކަށް ނުވަތަ އެހެންވެސް ބޭނުމަކަށް ގެންގުޅޭ ޢީސާގެފާނު ޞަލީބަށް އަރުވާފައިވާ ތަން ދައްކައިދޭ މޮޑެލް އެއް ނުވަތަ ނަޞާރާއިންގެ ކާލިގަނޑު.
crucifixionކްރޫސިފިކްޝަން. ނ. 1. މީހަކު ޞަލީބަށް އަރުވާ އެރުވުން. 2. ޢީސާގެފާނު ޞަލީބަށް އެރުވިކަމަށް ދައްކާ މަންޒަރު ދައްކައިދޭ ކުރެހުމެއް، ނަމޫނާއެއް ފަދަ އެއްޗެއް.
crucifyކްރޫސިފައި. ކ. 1. މީހަކު ޞަލީބެއްގައި އައްސާ ނުވަތަ މޮހޮރުޖަހާ ހަރުކޮށްގެން މަރާލުން. ޞަލީބަށް އެރުވުން. 2. މީހެއްގެ ސިކުނޑިއަށް ވަރަށް އަނިޔާވާ ގޮތަށް ކަންކުރުން.
crudeކްރޫޑް. ނއ. 1. ޠަބީޢީ ސިފައިގައި، ސާފުނުކޮށް. މ. ކްރޫޑް ތެޔޮ. 2. ރީތިނުކޮށް، ރާޅުކޮށް. ސާދާކޮށް، ދޭސީކޮށް. މ. އޭނާ ކްރޫޑް މޭޒެއް ފޮށިގަނޑަކުން ހަދައިފިއެވެ. 3. ރަނގަޅު އަޚްލާޤެއްނެތް. އަދަބެއް ނެތް. ބަނިޔާދަންކަމެއް ނެތް. ވާހަކަ ދެއްކުމާއި އުޅުމުގައި ރީތިގޮތް ނެތް. ނ. crude. ކއ. crudely. ނ. crudity.
cruelކްރޫއަލް. ނއ. 1. އޯގާތެރިކަމެއް ނެތް، އިންސާނުންނާއި ޖަނަވާރަށް އަނިޔާކުރާ. ބޭރަޙުމްކުރާ. އަނިޔާވެރި. ވަހުޝީ. ކއ. cruelly. ނ. cruelty.
cruetކްރޫއިޓް. ނ. 1. ސުފުރާމަތީ ބަހައްޓާ ރާހުތާއި ތެޔޮ ފަދަ ތަކެތި އެޅި އުނގުރި ޖެހި ފުޅި. 2. އަސޭމިރުހާއި ލޮނާއި މިފަދަ ތަކެތި ބަހައްޓާ ކުޑަ ހިފާގެންގުޅެވޭ ހަރެއް.
cruiseކްރޫސް. ކ. 1. މަޖަލަކަށް ނުވަތަ ކަނޑުގެ ސިފައިންގެ ގޮތުގައި ރިޔާނެތި އުޅަނދެއްގައި ދަތުރުކުރުން. 2. ތެޔޮ ޚަރަދު ކުޑަ ދުވެއްޔެއްގައި މަތިންދާބޯޓެއް ނުވަތަ އުޅަނދެއް ދުއްވުން. 2. ފަސިންޖަރުން ލިބޭތޯ އެކި ދިމަދިމާއަށް މަޑު ދުވެއްޔެއްގައި ދަތުރުކުރުން. –ނ. ކަނޑުގައި ކުރާ ކްރޫސް ދަތުރެއް.
cruiserކްރޫސަރ. ނ. 1. ބާރު ދުވެއްޔެއްގައި ދަތުރުކުރާ މަނަވަރެއް. 2. ޔޮޓެއް. 3. ނިދޭގޮތަށް ހަދައިފައިވާ ކުޑަ ޔޮޓެއް.
crumbކްރަމް. ނ. (ޚާއްޞަކޮށް ޕާނުގެ ނުވަތަ އެހެންވެސް ކާނާއެއްގެ) އެތިފުކެއް.
crumbleކްރަމްބްލް. ކ. ކުދިކުދި ފުއްތަކަކަށް ހަލާކުވުން. ކުދިކުދިވުން. ފުޑުފުޑުވުން. –ނ. ކެއްކި މޭވާގެ މައްޗަށް ފުއް ކުނޑިތަކެއް އަޅައިގެން ހަދާ ކާނާއެއް.
crumblyކްރަމްބްލި. ނއ. ފަސޭހައިން ފުޑުފުޑުވާ.
crummyކްރަމީ. ނ. ހަޑިވެފައިވާ. ފެންވަރު ދަށް. ކިލާވެފައިވާ. އަގެއް ނެތް. މ. ކްރަމި ކުނަލެއް.
crumpetކްރަމްޕިޓް. ނ. ކަމީރު ފުއްގަނޑަކުން ފިހާ، އެއްފަރާތުގައި ލޯވަޅުތަކެއް ހުންނަ ހޫނުކޮށް ކާ ބޯ ފޮޅިއެއް.
crumpleކްރަމްޕްލް. ކ. 1. ރޫޖެހޭ ވަރަށް ގުޅަކެވުން ނުވަތަ ރޫޖެހުން. މ. އޭނާގެ މޫނު ހުނުމުން ކްރަމްޕްލް ވިއެވެ. 2. މަޑުމަޑުން ވެއްޓުން. މ. ވަޒަނެއް އަރައިގެން.
crunchކްރަންޗް. ކ. 1. އަޑުކިޔާގޮތަށް އަނގައިގައި އެއްޗެއް ފުނޑުފުނޑުކޮށްލުން ނުވަތަ ހެފުން. 2. އެއްޗެއް ފުނޑޭހެން ހީވާ އަޑުކިޔާގޮތަށް ހިނގުން. މިފަދަ އަޑެއް ކިޔުއްވުން. –ނ. 1. ޢަމަލެއް ކުރަން މަޖުބޫރުވާ ނުވަތަ ގޮތެއް ނިންމަން ޖެހޭ ހާލަތެއް. 2. ކަސްރަތެއްގެ އުއްޑުން އޮށޯވެ، ކަކޫ ގުދުކޮށް ފައިތިލަ ބިމުގައި ޖައްސާ ބޮލާއި މޭ ހިއްލުން.
crusadeކުރޫސެއިޑް. ނ. 1. ވަރަށް ބޮޑަށް ޤަބޫލުކުރާކަމެއް ޙާޞިލްކުރުމަށް ޢަޒުމް ކަނޑައަޅައިގެން އެތައް ދުވަހަކު ކުރާ މަސައްކަތެއް. 2. މުސްލިމުންނާ ދެކޮޅަށް ފަލަސްތީނު ހޯދުމަށް ޔޫރަޕުގެ މީހުން ކުރި ޒަމާންވީ ހަނގުރާމަަަތަކުން ހަނގުރާމައެއް. ނ. crusader.
crushކްރަޝް. ކ. 1. ރޫޖެހެންދެން، ހަލާކުވަންދެން ގަދައަށް ފިއްތުން. 2. ކުދިކުދި ވަންދެން ތެޅުން. 3. ފުޑުފުޑުވުން. 4. މުޅިން ބަލިކޮށްލުން. –ނ. 1. އެތައް ބަޔަކު ފިިތިގެންވާ ރޭހެއް. 2. ފުނޑުފުނޑުކޮށްފައިވާ މޭވާއިން ހަދާ ބުއިމެއް. 3. ނުރަސްމީ ބަހުރުވައިން މީހަކާ އަމިއްލައަށް ހިތާވުން.
crushableކްރަޝަބްލް. ނއ. ފަސޭހައިން ފިއްތާލައިގެން ހަލާކުކޮށްލެވޭ. ރޫޖައްސާލެވޭ. ބަލިކޮށްލެވޭ.
crustކްރަސްޓް. ނ. އެއްްޗެއްގެ ހަރުކޮށް އަޮންނަ ބޭރު ފަށަލަ (ޚާއްޞަކޮށް ފިހުނު ޕާނުގެ). 2. ދުނިޔޭގައި މީހުން މި ދިރިއުޅޭ ހަރު ފަށަލަ.
crustaceanކްރަސްޓެއިޝަން. ނ. ފެނުގައި އުޅޭ ބޭރުގައި ހަރު ތޮށިގަނޑެއްވާ ދިރުންތައް. މ. ކަކުނި، އިހި، ޑިނގާ.
crustyކްރަސްޓީ. ނއ. 1. މުރަނަ ތޮށިގަނޑެއް ހިމެނޭ. 2. އުޅުން ހުތުރު. މ. މީހުން. –ނ. crustiness.
crutchކްރަޗް. ނ. 1. ކޮރު މީހަކު ހިނގަން ބޭނުން ކުރާ ދަނޑި. މިފަދަ ދަނޑިގަނޑު ގިނައިން ބޭނުންކުރަނީ ކިހިލިފަތްދޮށަށް ލަ އެވެ. 2. ހެދުމެއްގެ ކަށް، މީހެއްގެ ދެފައިދެގޯޅި ބެދޭތަން.
cruxކްރަކްސް. ނ. މައްސަލައެއްގެ އެންމެ މުހިއްމު ބައި.
cryކްރައި. ނ. 1. ލަފުޒު ނުހިމެނި ދެރަވަގެން، ތަދުވެގެން ނުވަތަ އުފަލުން އިއްވާ އަޑެއް. ރުޔުން. 2. ހަޅޭކެއް. 3. ޖަނަވާރެއް ނުވަތަ ދޫންޏެއްގެ ގޮވުން. 4. އާދޭހެއް. އެދޭ ކަމެއް. 5. ހަނގުރާމައިގައި ގޮވާލާ ގޮވުމެއް. 6. ރުޔުމެއް. –ކ. 1. ލޮލުން ކަރުނަ ބޭލުން. 2. ލަފުޒުން މީހަކަށް ބާރަށް ގޮވާލުން. 3. އާދޭސްކުރުން، އެދުމެއް ފާޅުކުރުން. a crying shame ސަމާލުކަން ދޭންޖެހޭ ލަދުވެތިކަމެއް. 4. ދޫންޏެއް ނުވަތަ ޖަނަވާރެއްގެ ގޮވާލުމެއް. 5. ތަކެތި ވިއްކުމަށް ގޮވާ ގޮވުން. މ. crying their wares – ވިއްކާ ތަކެތީގެ ނަމުން ގޮވާގޮވުން. cry-baby ރަނގަޅު ސަބަބެއް ނެތި ފަސޭހައިން ރޯ މީހުން. cry off އެއްބަސްވެފައިވާ ކަމަކުން ނުވަތަ އަހުދަކުން އެކަހެރިވުން. in full cry އެއްޗަކާ މެދު ހުއްޓުމެއް ނެތި ވާހަކަ ދެއްކުން.
cryosurgeryކްރައިއޯސާރޖަރީ. ނ. ގަދަ ފިނި ބޭނުންކޮށްގެން ކުރާ އޮޕަރޭޝަން (މ. ބަލިޖެހިފައިވާ ހަށިގަނޑުގެ ބައެއް މަރާލުމަށް)
cryptކްރިޕްޓް. ނ. ފައްޅިއެއްގެ ތަޅުމުގެ ދަށުގައިވާ (މީހުން ވަޅުލާ) ކޮޓަރިއެއް.
crypticކްރިޕްޓިކް. ނއ. މަރުމޫޒު (ސިއްރު) އަދި ދެނެގަންނަން ދަތި. ކއ. cryptically.
crypto-communistކްރިޕްޓޯ-ކޮމިޔުނިސްޓް. ނ. ސިއްރުން ކޮމިޔުނިސްޓުންނަށް ތާއީދުކުރާ މީހެއް.
cryptogamކްރިޕްޓޯގެމް. ނ. މައުނާޅާ ގަސް މ. ކީސްފިލާ، ފެހި، ފޫ.
cryptogramކްރިޕްޓޯގްރޭމް. ނ. ރަމްޒަކުން ނޭނގޭގޮތަށް ލިޔެފައިވާ ލިޔުމެއް.
crystalކްރިސްޓަލް. ނ. 1. ސާފު އެތެރެ ފެންނަ ކުލައެއް ނެތް މަޢުދަނެއް. ކުރިކީލަ. 2. މީގެ އެތިކޮޅެއް. 3. ވަރަށް ފެންވަރު ރަނގަޅު ވަރަށް ސާފު ބިއްލޫރި. 4. ގަނޑުވެފައިވާ ބައެއް ތަކެތީގެ އެތިކޮޅެއް. މ. އައިސް ކްރިސްޓަލް އެއް. crystal ball ބިއްލޫރި ވަށް ގުޅައެއް. މި ބޭނުންކުރަނީ މުސްތަޤްބަލް ދެނެގަތުމަށެވެ. crystal gazing ކްރިސްޓަލް އިން ހަދައިފައިވާ އެތެރެ ހުސްނޫން ބޯޅައެއް ބަލައިގެން ވާންހުރި ކަންތައްތައް ކިޔުން.
crystallineކްރިސްޓަލައިން. ނއ. 1. ކްރިސްޓަލް ހިމެނޭ ނުވަތަ ކްރިސްޓަލް އާ ވައްތަރު. 2. އެތެރެ ފެންނަ. ވަރަށް ސާފު.
crystallizeކްރިސްޓެލައިޒް. ކ. 1. ކްރިސްޓަލް އުފެދުން. 2. (ޚިޔާލާއި ރޭވުންތަކާ މެދު) ސާފުވެ، ވަކި ގޮތަކަށް ކަނޑައެޅުން. ނ. crystallization. crystallized fruit ހަކުރަށް ލައިގެން ގިނަ ދުވަހު ބަހައްޓާ މޭވާ.
CSEސީ.އެސް.އީ. ކުރުކޮށް ސަރޓިފިކެޓް އޮފް ސެކަންޑަރީ އިގްޒަމިނޭޝަން. އިނގިރޭސިވިލާތުގައި ކުރިން ދީ އުޅުނު ދަށު ސާނަވީ އިމްތިހާނެއް.
cubކަބް. ނ. 1. ބައެއް ޖަނަވާރުގެ ޅަ އެތި. މ. ސިންގާ. ހިޔަޅު. މިނިކާވަގު. cub-reporter ތަޖުރިބާ ނެތް ރިޕޯޓަރެއް. 2. Cub / Cub Scout ސްކައުޓް އެސޯސިއޭޝަންގެ ކުޑަކުދިންގެ ގޮފީގެ މެންބަރެއް.
Cubaކިޔުބާ. ނ. ވެސްޓް އިންޑީޒްގައިވާ ރަށެއް. ނ. ނއ. Cuban.
cubbingކަބިންގ. ނ. ކުޅިވަރެއްގެ ގޮތުގައި ހިޔަޅުގެ ޅަ އެތި މެރުން.
cubby-holeކަބީ-ހޯލް. ކުޑަ ވަތްގަނޑެއް.
cubeކިޔުބް. ނ. 1. އެއްވަރު ހަފަރާތް ހިމެނޭ ގަނޑު އެއްޗެއް. ކޮޑިއެއް. 2. ކޮޑިއެއްގެ ސިފަހުންނަ އެއްޗެއް. 3. ނަންބަރެއް އެ ނަންބަރާ ތިން ފަހަރު ގުނަކުރުމުން އަންނަ ޢަދަދު. –ކ. 1. ތަކެތި، މ. މަސް، ކޮޑިއަށް ބުރިކުރުން. 2. އަދަދެއްގެ ކިޔުބް ހޯދުން. cube root ރޫޓްބަލާ!
cubicކިޔުބިކް. ނއ. ތިން މިނެއް ހިމެނޭ. މ. ކިޔުބިކް އިންޗި - ކޮޑި އިންޗި. މިއީ އެއްޗެއްގެ ވޮލިއުމް ނުވަތަ ޖާގަ ހިފާވަރު ބަލާ މިނެކެވެ.
cubicalކިޔުބިކްލް. ނއ. ކިޔުބެއްގެ ސިފަ ޖަހާ.
cubicleކިޔުބިކްލް. ނ. ބޮޑު ކޮޓަރިއެއް ބައިކޮށްގެން ހަދައިފައިވާ ވަތެއް. އެކަހެރިވުމަށް ފަރުދާކޮށްފައިވާ ބައެއް.
cubistކިޔުބިސްޓް. ނ. ޖޯމެޓްރީ ބައްޓަންތައް ބޭނުންކޮށްގެން ކުރަހާ މީހެއް. cubism ކުރެހުމުގެ މި ފޭޑި.
cuckoldކަކޯލްޑް. ކަކޮއުލްޑް. ނ. މީހަކާ އިނދެގެން ހުރި ވަކި އެހެން ފިިރިހެނަކާ އެއްދާން ކުރާ އަނތްބެއް. –ކ. މިގޮތަށް އުޅުން.
cuckooކުކޫ. ނ. މިއަށް ކިޔާ ނަންފަދައިން ގޮވާ އަޅިކުލައިގެ ދޫންޏެއް. މި ދޫނި ބިސްއަޅަނީ އެހެން ދޫނިދޫނީގެ ހާލީގައެވެ. cuckoo-clock ކޮންމެ ގަޑިއެއް ޖެހުމުން ް މި ދޫނީގެ އަޑުން ގޮވާ ގަޑިއެއް. cuckoo-pint ތީރު ތުނޑު ހެން ފަތް ހުންނަ ގަހެއް.
cucumberކިޔުކަމްބަރ. ނ. 1. ދިގު ބައްޓެއް ފަދަ، ފެހިކުލައިގައި ހުންނަ މޭވާއެއް. މި ބޭނުންކުރަނީ ސަޓަނި ފަދަ ތަކެތި ހެދުމަށެވެ. ކަންބާ. 2. މި އަޅާ ވެޔޮ.
cudކަޑް. ނ. ގެރި ފަދަ ތަކެތި ބަނޑުން އަނގަޔަށް ގެނެސް އަލުން ހަފާ ތަކެތި.
cuddleކަޑްލް. ކ. މީހެއްގެ ދެ އަތް އެމީހާ ވަށައިގެން ގެންގޮސް ގާތްކޮށް ލޯބިން އަދި މަޑުމަޑުން ހިފުން. –ނ. ލޯބިން ބައްދާލުން. ނއ. cuddlesome, cuddly ބައްދާލާ ހިތްވާ މީހެއް ނުވަތަ އެއްޗެއް.
cudgelކަޖަލް. ނ. މީހުންގެ ގައިގާ ތަޅަން ގެންގުޅޭ ކުރު މުގުރެއް. –ކ. މީގެ އެއްޗަކުން ޖެހުން. cudgel one’s brains ގަދައަށް ކަމަކާ ވިސްނުން. take up the cudgels for ގަދައަށް ދިފާޢުކުރުން.
cueކިޔޫ. ނ. އެހެން ކަމެއް ކުރަން އިޝާރާތްކުރަން ކުރާކަމެއް ނުވަތަ ބުނާބަހެއް. މ. ތަމްސީލު ކުޅޭ މީހަކު ވާހަކަ ދައްކަން ފަށަން އަންގާލުން. –ކ. މިފަދަ އިޝާރާތެއް ކުރުން.
cueކިޔޫ. ނ. ބިލިއާރޑް ފަދަ ކުޅިވަރުތަކުގައި ބޯޅައިގަައި ޖަހަން ގެންގުޅޭ ދިގު އަސައެއް ފަދަ ދަނޑިއެއް.
cuffކަފް. ނ. 1. ހެދުމުގެ ނުވަތަ ގަމީހުގެ އަތް ނިމޭކޮޅު މަޅާލައިގެން ބޭނުންކުރާ ގަމީހުގެ ބައި ނުވަތަ ވަކިން ބޭނުންކުރާ އަތުކުރި. 2. އަންގިއެއްގެ ކުޑަހުޅު ނިވާވާ ބައި. cuff-link ގަމީހުގެ އަތުކުރީގައި ގޮށް އެޅުވުމުގެ ބަދަލުގައި ބޭނުންކުރާ ދައްޗެއް. off the cuff ތައްޔާރުވުމެއް ނެތި. ނއ. off-the-cuff.
cuffކަފް. ކ. އިނގިލިތައް ހުޅުވައިގެން ޖެހުން. –ނ. މިފަދަ ޖެހުމެއް.
cui bono?ކްވީ ބޯނޯ؟ މިކަމުން މަންފާއެއް ލިބެނީ ކާކަށް؟ މިއީ މީހުން މެރުން ފަދަ ކަމެއް ހިނގުމުން އެކަން ކުރި ފަރާތަކާ މެދު ވިސްނުމަށް ކިޔާ ލެޓިން ޢިބާރާތެކެވެ.
cuirassކްވިރާސް. ނ. 1. މެޔާއި ބުރަކަށި ރައްކާތެރި ކުރެވޭ ދަހަނާއެއް. 2. މި ސިފައަށް ހުންނަ ބަލިވުމުން ނޭވާލުމަށް އެހީއަކަށް ބޭނުންކުރާ އާލަތެއް.
cuisineކުވިޒީން ނ. ކެއްކުމުގެ ފޭޑިއެއް ނުވަތަ ސްޓައިލެއް.
cul-de-sacކަލް-ޑި-ސޭކް. ނ. 1. އެއްކޮޅު ބެދިފައިވާ މަގެއް. 2. އެއްވެސް ތަނަކަށް ނުދެވޭ މަގުބެދޭ ޙާލަތެއް.
culinaryކަލިނަރީ. ނއ. 1. ބަދިގެއާ ނުވަތަ ކެއްކުމާ ބެހޭ. 2. ކެއްކުމުގައި ބޭނުންކުރާ. މ. ކަލިނަރީ ފަތް.
cullކަލް. ކ. 1. (މައު) ބިނުން. 2. އެހެން އެއްޗެއްގައި ބޭނުންކުރުމަށް އެއްޗެއްގެ ބައިތައް ހޮވުން. 3. މާ ބޮޑަށް ގިނަ ވެގެން ޖަނަވާރު ނުވަތަ ގަސްގަހާ ގެހި ނައްތާލުން. –ނ. ކަލް ކުރެވޭ ތަކެތި. ކަލްކުރާ ކުރުން.
culletކަލިޓް. ނ. ބިއްލޫރި ހަދާއިރު އެއަށް އަޅާ ފުޅިތޮށި ނުވަތަ ތެޅިފައި ހުރި ބިއްލޫރި.
culminateކަލްމިނެއިޓް. ކ. ކަންތައްތަކެއް/އެއްޗެއް އެއިގެ އެންމެ މަތީ ދަރަޖައަށް ދިއުން. މ. އަރައިރުން ތަޅާފޮޅުމަކަށް ކަލްމިނެއިޓް ވުން. ނ. culmination.
culottesކޫލޮޓްސް. ނ. އަންހެނުންލާ، ސްކާރޓެެއްހެން ހީވާގޮތަށް ފަހާފައި ހުންނަ ހަރުވާޅު.
culpableކަލްޕަބްލް. ނއ. ތުހުމަތުކުރުން ޙައްޤުވާ ނުވަތަ ނުބައިކަމެއް ހިނގުމުގެ ޒިންމާ ނަގަން ޖެހޭ. މ. އެތާ ހިނގި ހުރިހާ ކަމަކަށް އޭނާ ކަލްޕަބްލް އެވެ.
culpritކަލްޕްރިޓް. ނ. ކުޑަ ކުށެއް ކޮށްފައިވާ މީހެއް.
cultކަލްޓް. ނ. 1. އެހެން މީހުން ހައްދުފަހަނައަޅައި ގޮސްފައިވާ ކަމަށް ދެކޭ ނުވަތަ އާދަަޔާ ޚިލާފުކަމަށް ބަލައި، (ގިނަ ފަހަރު އެއްކޮށް ދިރިއުޅޭ) ދީނީ ޖަމާޢަތެއް. 2. ދީނީ ޢަޤީދާގެ ޚާއްޞަ ނިޒާމެއް.
cultivateކަލްޓިވެއިޓް. ކ. 1. ބިން ތައްޔާރުކޮށް ގޮވާންކުރުން. 2. އެއާ އަޅާލައިގެން ގަސް ހެއްދުން. 3. ވަގުތާއި ހަކަތަ ކަމެއް ކުރިއެރުވުމަށް ހޭދަކުރުން. މ. މީހަކު ކަލްޓިވެއިޓް ކުރުން – މީހެއްގެ ރުހުން ހޯދުން. ނ. cultivation, cultivator.
culturalކަލްޗަރަލް. ނއ. 1. ކަލްޗަރ އާ ބެހޭ. ކއ. culturally.
cultureކަލްޗަރ. ނ. 1. މިޔުޒިކާއި އަދަބިއްޔާތު ފަދަ ކަންތައްތަކަށް ޤަދަރުދޭން އެނގި މިކަންކަން ކޮންމެވެސް ވަރަކަށް ދެތުން. ތަހުޒީބު. 2. ވަކި ޖަމާޢަތެއްގެ ބައެއްގެ އާދަކާދަތަކާއި އެބައިމީހުންގެ ޙަޟާރަތް. ތަހުޒީބު. ތަމައްދުން. ޘަޤާފަތް. 3. ތަމްރީނާއި އަޅާލުމުން ތަރައްޤީކުރުން. 4. ގަސް ހެއްދުމާއި، މާމުއި ކުޅަދުުރު ގެންގުޅުން ފަދަ ކަންކަން. 5. ތަޙުލީލެއް ކުރުމަށް ހައްދާ ބެކްޓީރިއާ. –ކ. ބެކްޓީރިއާ އާލާ ކުރުން؟
culturedކަލްޗާރޑް. ނއ. މިޔުޒިކާއި، އަދަބިއްޔާތާއި މިފަދަ އެހެން ފަންނުތަކަށް ޤަދަރުދޭން އެނގޭ ވަރަށް ތަޢުލީމު ލިބިފައި. cultured pearls އިތައަށް ވެލިފުއް ލައިގެން އުފައްދާ މުތް.
culvertކަލްވާރޓް. ނ. މަގެއް ހުރަސްކޮށް ހަޑިފެން ފަދަ އެއްޗެއް ގެންދާ ހޮޅިއެއް.
cumކަމް. ޕ. އެކީގައި. ދެނަމެއްގެ ދެމެދަށް ލުމުން ދެ ކަމެއް ނުވަތަ ބޭނުމެއް ފުދޭކަން ހާމަކުރާ. މ. ބެޑްރޫމް-ކަމް-އޮފީސް. cum dividend އަވަސް މުއްދަތެއްގެ ތެރޭގައި ދޭ ޙިއްސާގެ ފައިދާ އާ އެކު.
cumbersomeކަމްބަރސަމް. ނއ. ގެންގުޅުމަށް، ލުމަށް ނުވަތަ ހިފައިގެން ގެންދިއުމަށް އުނދަގޫ.
Cumbriaކަމްބްރިއާ. ނ. އިނގިރޭސި ވިލާތުގެ ކައުންޓީއެއް.
cum divކަމް-ޑިވް. ކުރުކޮށް cum dividend.
cuminކިޔުމިން. ނ. ތަކެތީގައި ރަހަ ލެއްވުމަށް ބޭނުންކުރާ މީރުވަހެއް ދުވާ އޮށެއް. ދިރި.
cummerbundކަމަރބަންޑް. ނ. އުނަގަނޑުގައި ބަންނަ ފައްޓާއެއް.
cumulativeކިއުމުލެޓިވް. ނއ. އެއްބައި އެއްކުރުމަށް ފަހު އަނެއްބައި އެއްކުރަމުން އިތުރުވަމުންދާ. މ. ތަފާތު ބާވަތްތަކުގެ ކެމިކަލްތައް ބޭނުންކުރުމުން ބިންގަނޑަށް ކުރާ ކިޔުމުލެޓިވް އަސަރު ނުރައްކާވާނެއެވެ.
cuneiformކިއުނިފޯރމް. ނއ. ފާރިސްކަރަ އާއި ސީރިއާ ހިސާބުގައި ޤަދީމީ ޒަމާނުގައި ބޭނުންކުރި، އަބެއްގެ އަރިމަތި އޮއްބުމުން ހުންނަ ވައްތަރަކަށް ލިޔާ ލިޔުމަކަށް ނިސްބަތްވާ. –ނ. މި ބާވަތުގެ ލިޔުން.
cunningކަނިން. ނއ. 1. މީހުންނަށް އޮޅުވާލުމާއި މަކަރު ހެދުމަށް ޤާބިލް. މަކަރުވެރި. ހީލަތްތެރި. 2. ވަރަށް މޮޅު. މ. މިއީ ދޮރުހަރުކުރަން ހާދަ ކަނިން ގޮތެކެވެ. 3. ބޯދާ ބަހުުރުވައިގައި ހިތްގައިމު. –ނ. މަކަރުވެރިކަން.
cuntކަންޓް. ނ. 1. ހުތުރުބަހުން ފަރުޖު. 2. މީހެއް، ޚާއްޞަކޮށް އަންހެނެއް.
cupކަޕް. ނ. 1. ތަކެތިބޯން ބޭނުންކުރާ އަނގަފުޅާ، ހިފާ އަތްގަނޑެއްލީ، ވަތުތައްޓަކާއެކު ވާ ކަންވާރެއް. ޖޯޑު. 2. ޖޯޑަކަށް އެޅޭ މިންވަރު. ޖޯޑެއްގައިވާ ތަކެތި. 3. މި ސިފަ ޖަހާ އެހެން އެއްްޗެއް. 4. އިނާމެއްގެ ގޮތުގައި މި ސިފައަކަށް ހުންނަ އެއްޗެއް. 6. އެހެން ރަހައެއް އިތުރުކޮށްފައިވާ ރާ. –ކ. 1. ޖޯޑަކާއި ވައްތަރު ސިފަ ގެނައުން. 2. ޖޯޑެއްގައި އެއްޗެއް ހުންނަ ގޮތަށް ހިފެހެއްޓުން. ނ. cupful ޖޯޑެއް ފުރާ. not my cup of tea އަހުރެން ރުހޭ އެއްޗެއް ނޫން. cup-tie ތައްޓަކަށް ކުޅޭ ކުޅިވަރެއް. cup final ތައްޓަކަށް ކުޅޭ ކުޅިވަރުގެ އެންެމެ ފަހު މެޗް.
cupboardކަބަޑް. ނ. ދޮރުލައިފައިވާ އަލަމާރިއެއް ނުވަތަ ކުޑަ ގުދަނެއް.
Cupidކިޔުޕިޑް. ނ. ރޫމީންގެ ލޯބީގެ ކަލާނގެ. ފިޔަލީ ފިރިހެން ކުއްޖަކު، ދުންޏާއި ތީރުބޮޑިއެއް ހިފައިގެން އުދުހޭ މަންޒަރެއް ނުވަތަ އޭނާގެ ބުދު.
cupidityކިއުޕިޑިޓީ. ނ. މުދަލާއި ފައިސާ ހޯދުމަށް ހުންނަ ދަހިކަން.
cupolaކިއުޕޯލާ. ނ. ފުރާޅެއްގެ މަތީގައިވާ ކުޑަ ގުއްބެއް.
cuppaކަޕާ. ނ. ނުރަސްމީ ބަހުރުވައިން ސައިތައްޓެއް.
curކަރ. ނ. ރުޅިގަދަ އަގެއްނެތް ކުއްތާއެއް.
curableކިއުރަބްލް. ނއ. ބޭސްކުރުމުން ފަސޭހަވާ (ބައްޔެއް).
curaçaoކިޔުރަސޯ. ނ. އޮރެންޖްގެ ރަހަ ހިމަނާފައިވާ ވަރުގަދަ ރަލެއް.
curacyކިއުރަސީ. ނ. curate އެއްގެ މަޤާމު.
curareކިއުރާރި. ނ. ސައުތު އެމެރިކާގެ ބައެއް މީހުން އެމީހުން ގެންގުޅޭ ތީރުތަކުގެ ކޮޅުގައި އުނގުޅަން، ގަހަކުން ނަގާ ވިހައެއް.
curateކިއުރެޓް. ނ. 1. ނަޞާރާދީނުގެ ވަކި ސަރަޙައްދެއްގެ ފާދިރީއަކަށް އެހީތެރިވާ މީހާ. 2. ކ. އާޘާރީ ތަކެތި ދައްކާލުމެއްގައި ނުވަތަ ފެސްޓިވަލެއްގައި ނުވަތަ ވެބްސައިޓެއްގައި ނަމަވެސް ހިމަނާނީ ކޮން އެއްޗެއްކަން ކަނޑައެޅުން.
curativeކިއުރެޓިވް. ނއ. ބަލިފަސޭހަކުރާ. ބަލިކަމަށް ލުއި ގެނެސްދޭ. މ. ވަކި ބާވަތެއްގެ ފެނެއް.
curatorކިއުރޭޓަރ. ނ. ލައިބްރަރީއެއް ނުވަތަ ދާރުލްއާޘާރެއް ފަދަ ތަނެއްގެ ވެރިމީހާ. މިފަދަ ތަނެއްގައި ޢާއްމުކުރާނޭ ތަކެތި ކަނޑައަޅާ މީހާ.
curbކާރބް. ނ. 1. އިމެއްގެ ތެރޭގައި ހިފަހައްޓާ އެއްޗެއް. މ. ޚަރަދުކުރުމަށް ކާރބް އެއް ލުން. 2. އަހެއްގެ ދަތްދޮޅި ދަށުން އެ ކޮންޓްރޯލްކުރުމަށް ލާ ލަގަނުގެ ބައެއް. 3. ކައިރިފަށް. މ. މަގުން ދުވާރަށް އަރަން އޮންނަ އޮޅި. ޔޫ.އެސް. ގައި ލިޔަނީ kerb. –ކ. ބޭނުން ނުވާ ކަމެއް މަތަކޮށް، އިމެއްގެ ތެރޭގައި ހިފެހެއްޓުން. މ. ސަރުކާރުން ވައްކަން ކާރބް ކުރުމަށް އިތުރު މަސައްކަތް ކުރަން ޖެހެއެވެ.
curdކާރޑް. ނ. 1. ކިރު ހުތްވާއިރު، ހުންނަ މަޑު ގަނޑު އެއްޗެތި. ދަހީ. ކަރިޔަ. 2. ކޯނިކޮޕީގެ ކައިއުޅޭ މައުތައް.
curdleކާރޑްލް. ކ. ކާރޑް އުފެދުން ނުވަތަ އުފެދޭ ގޮތް ވުން. curdle one’s blood ބިރުވެރިކަން އިންތިހާއަށް ދިއުން - ”ލޭ ގަނޑުވުން.“
cureކިޔޯ. ކ. 1. ދުޅަހެޔޮކަމަށް އާދެވުން. 2. ބައްޔެއް ނުވަތަ އުނދަގުލަކުން ސަލާމަތްވުން. 3. މަސް، ފަތް، މޭވާ ތަކެތި ހަކުރު/ލޮނު އަޅައިގެން ނުވަތަ އެހެންވެސް ގޮތަކަށް ގިނަ ދުވަހު ހުންނާނެހެން ހެދުން. 4. ރަބަރު ތަތްނުލާގޮތަށް ކައްސަނދުވާނި އެއްކޮށް ކެއްކުން. –ނ 1. ފަސޭހަކުރުން، ކިޔޯކުރުން. 2. ބައްޔެއްގެ ފަރުވާ ނުވަތަ ބޭސް.
curettageކިއުރިޓާޖް. ކިއުރިޓެޖް. ނ. އޮޕަރޭޝަން ކުރާއިރު، ހަމުގައި ނުވަތަ ހަށިގަނޑުގައި އުފެދޭ ތަނެއް ވަޅިއަކުން މަށާލުން.
curfewކާރފިއު. ނ. ޖެހިގެން އަންނަ ދުވަސް އަންނަންދެން ނުވަތަ އެހެން ވެސް އިޝާރާތެއް ވަންދެން ބޭރަށް ނުކުމެ އުޅުން މަނާ ވަގުތެއް ނުވަތަ މަނާކުރާ އިޝާރާތް.
Curiaކިޔުރިއާ. ނ. ނަޞާރާއިންގެ ރޯމަން ކެތޮލިކް މަޒުހަބުގެ ދަރުބާރު. މި ދަރުބާރު އޮންނަ ޢިމާރާތް.
curioކިޔުރިއޯ. ނ. ތަދުކަމުން ނުވަތަ އާދަޔާ ޚިލާފުކަމުން ޝައުޤުވެރިކަން ހުންނަ އެއްޗެއް.
curiosityކިޔުރިއޯސިޓީ. ނ. 1. އެއްޗެއް ދަސްކުރުމަށް ނުވަތަ އެއާ މެދު މަޢުލޫމާތު ހޯދުމަށް ހުންނަ ޝައުޤުވެރިކަން. 2. މިފަދަ އެއްޗެއް.
curiousކިޔުރިއަސް. ނ. 1. އެއްޗެއް ބޮޑަށް އެނގުމަށް ނުވަތަ ދަސްކުރުމަށް ޝައުޤުވެރި. 2. އާދަޔާ ޚިލާފު. ދުވަހަކުވެސް ފެނިފައި ނުވާ. ކއ. curiously.
curlކާރލް. ކ. 1. ލެނބުން، ގުދުވުން، ބުޅިވުން، ރޫޖެހުން، އޮޅާލުން ނުވަތަ މިކަންކަން ކުރުން. 2. އިސްފިރޭނެއް ހެން އޮޅުން. މ. ދުން ކާރލްވަމުން ސިނގިރެޓުން އަރަމުން ދެއެވެ. 3. އިސްތަށިގަނޑުގެ ބުޅި ބޮޅެއް. curl up ނުރަސްމީ ބަހުރުވައިން ކަކޫ ލައްބާލައިގެން އަރާމުގައި އިށީނުން ނުވަތަ އޮށޯތުން.
curlerކާރލަރ. ނ. އިސްތަށި ބުޅިކުރާ އާލަތެއް.
curlewކާރލޫ.ނ. ލެނބިފައިވާ ދިގު ތުނބެއް ހިމެނޭ ތިލަ ފެނުގައި ހިނގާއުޅޭ ދޫންޏެއް. ބޮނޑަން އިލޮޅި.
curlicueކާރިލިކިޔު. ނ. އިނގިރޭސި ރީތިކޮށް ލިޔާއިރު ނުވަތަ އެފަދަ އެހެންކަންކަމުގައި ޖާގަ ފުރަން ނުވަތަ ދެ އެއްޗެއް ވަކިކުރަން ރީއްޗަކަށް ގުދުގުދުލާފައި ދަމާ ރޮނގު.
curlingކާރލިންގ. ނ. ގަނޑުފެން މަތީ ފާހަގައަކާ ދިމާއަށް ބޮޑު ގަލެއް ދުއްވައިގެން ކުޅޭ ކުޅިވަރެއް.
curlyކާރލީ. ނއ. ބުޅިވެފައިވާ. ބައިވަރު ބުޅިކޮށް ހުރި ބައިތައް ހިމެނޭ (މ. އިސްތަށިގަނޑު)
curmudgeonކަމަޖަން. ކަމަޖުން. ނ. ގިނަ އިރު ނުރަނގަޅު މޫޑެއްގައިވާ މުސްކުޅި މީހެއް.
currantކަރަންޓް. ނ. 1. ކެއްކުމުގައި ބޭނުންކުރާ އޮށް ނުހުންނަ ހިއްކައިފައި ހުންނަ ކުދި މޭބިސްކަދުރު. ޒަބީބު. 2. މޭބިސްކަދުރު ގޮތަށް ކޯނީގައި ގަންނަ ހުދު/ރަތް/ކަޅު ކުލައިގައި ހުންނަ މޭވާއެއް. މި މޭވާއަޅާ ގަސް.
currencyކަރަންސީ. ނ. 1. ޤައުމެއްގައި މިހާރު ބޭނުން ކުރަމުންދާ ފައިސާ. 2. އެތައް ތަނެއްގައި ބޭނުންކުރާ، ޤަބޫލުކުރާ ނުވަތަ ގިނަ ބަޔަކަށް އެނގޭ ޙާލަތު. އޭނާގެ ޚިޔާލުތަކަށް ކަރަންސީ ލިބުނީ އޭނާ މަރުވުމަށް ފަހުއެވެ.
currentކަރަންޓް. ނއ. 1. މިހާރަށް ނިސްބަތްވާ. މިހާރު ވަމުންދާ. މ. ކަރަންޓް ހާދިސާތައް. 2. ޢާއްމުކޮށް ބޭނުންކުރާ. ފުޅާކޮށް ފެތުރިފައިވާ. މ. ބޮހޮލާވުމަކީ، ސޭކުވުމަށް ބޭނުންކުރާ ކަރަންޓް ލަފުޒެއް ނޫނެވެ. –ނ. 1. ވައި، ފެން ފަދަ އެއްޗެއް އެއް ދިމާއަކަށް ދަތުރުކުރާ ކުރުން. އޮއި. 2. އެއްޗެއްގެ ތެރެއިން އިލެކްޓްރިސިޓީ ދަތުރުކުރާ ކުރުން. ކއ. currently. current account ބޭންކަށް ކުރިން ނާންގާ ގޮސް ފައިސާ ނެނގޭ އެކައުންޓް.
curricleކަރިކްލް. ނ. ދެފުރޮޅުލީ، ދެ އަސް ދަމާ، މީހުން ދަތުރުކުރާ ގާޑިއަލެއް.
curriculumކަރިކިޔޫލަމް. ނ. 1. މަދަރުސާ، ކޮލެޖް ފަދަ ކިޔަވައިދޭ ތަންތަނުގައި ނުވަތަ ކޯހެއްގައި ކިޔަވައިދޭ މާއްދާތައް އަދި ވަކި މާއްދާއެއްގައި ހިމެނޭ ބައިތައް. 2. މަންހަޖް curriculum vitae މަސައްކަތުގެ ގޮތުގައި މީހަކު ކުރިން ކުރި ކަންތައްތަކުގެ ޚުލާޞާއެއް.
curryކަރީ. ނ. 1. ތަފާތު ތަކެތި އަޅައިގެން ހަދާ ހަވާދެއް. ހަވާދު. 2. މި ހިމަނައިގެން ހަދައިފައިވާ ކާނާއެއް. –ހަވާދު ލައިގެން އެއްޗަކަށް ރަހަ ގެނައުން.
curryކަރީ. ކ. curry-comb ކިޔާ ދަތްތަކެއް ހުންނަ ބުރުހަކުން އަހެއްގެ ކެހެރިގަޑު އޮމާންކުރުން. curry favour މީހަކު އުފާވާ ކަހަލަ ތަކެތި އެމީހެއްގައި ކައިރީގައި ކިޔައިގެން ފައިދާ ނުވަތަ ގާތްކަން ހޯދުން.
curseކާރސް. ނ. 1. މީހެއްގެ މައްޗަށް ބިދުޢާ ނުވަތަ ލަޢުނަތް ލެއްވުމަށް އެދި ގޮވާ ގޮވުން. ކޯފާލެއްވުމަށް ގޮވުން. 2. މިކަމުގެ ސަބަބުން މީހަކަށް ޖެހޭ އާފާތް. ކޯފާ. އެސްފީނާ. 3. ވަރަށް ރުޅިއައިސް ގެން ގޮވާ އެއްޗެތި. 4. އާފާތާއި އެސްފީނާ އާއި ގެއްލުން ގެނެސްދޭ ކަމެއް. 5. the curse މައްސަރު ކަންތައް. –ކ. 1. މީހަކާ ދިމާއަށް ލަޢުނަތް ލެއްވުމަށް ގޮވުން. 2. ރުޅިއައިސްގެން ބަވައިގަތުން. be cursed with އަހުވައެއްގެ ގޮތުގައި ނުވަތަ ލަޢުނަތެއްގެ ގޮތުގައި ވުން.
cursedކާރސިޑް. ކާރސްޑް. ނއ. ރުޅިއަންނަ އެއްޗެއް ނުވަތަ ރުޅިއަރުވާ އެއްޗެއް ސިފަކުރަން ބޭނުންކުރާ ލަފުޒެއް. މ. މިއީ މަށަށް ޖެހިފައި އޮތް ކާރސްޑް އުނދަގުލެއްނު!
cursorކާރސަރ. ނ. 1. ސްލައިޑް ރޫލް ކިޔާ ހިސާބުހަދާ ފަތިގަނޑެއްގައި ދެމޭގޮތަށް ހަރުކޮށްފައިވާ އަލި ޕްލާސްޓިކްކޮޅެއްގައ ދަމާފައި ހުންނަ ރޮނގު. (ލެޓިން ބަހުން ކާރސަރ ކިޔަނީ ސިޓީ އެއް ހިފައިގެން ދުވާ މީހާއަށް.) 2. ކޮމްޕިއުޓަރ އިސްކިރީނެއްގައި، ބަދަލުގެނެވޭތަން ފާހަގަކުރާ ނިޝާނެއް.
cursoryކާރސަރީ. ނއ. އަވަހަށް މާތަފްޞީލުކޮށް، ސަމާލުކަން ނުދީ. މ. ކާރސަރި ބަލާލުމަކުން ފެނުނީ ދޮރު ހަރުކޮށްފައިވަނީ ކަތިކޮށްކަމަށެވެ. ކއ. cursorily.
curtކާރޓް. ނއ. އައިބުވާ ވަރަށް އަދި ހުތުރުވާ ވަރަށް ކުރު. މ. ސުވާލަަކަށް ކާރޓް ޖަވާބެއް ދިނުން. ކއ. curtly. curtness.
curtailކާރޓެއިލް. ކ. އެއްޗެއް ނިމުމުގެ ކުރިން ކުރުކޮށްލުން، މަދުކޮށްލުން. މ. ޗުއްޓީއެއް ކާރޓެއިލްކޮށް މަސައްކަތަށް ނުކުތުން. ނ. curtailment.
curtainކާރޓަން. ނ. 1. ފަރުދާއެއްގެ ގޮތުގައި ހަރުކުރާ ފޮތި ނުވަތަ އެހެން އެއްޗެއް (ޚާއްޞަކޮށް ކުޑަދޮރެއްގެ ކުރިމަތީގައި ނުވަތަ ތިއޭޓަރެއްގެ އިސްޓޭޖާއި ބަލަންދާ މީހުންނާ ދެމެދުގައި.) ދޮރުފޮތި. 2. ތަމުސީލެއްގެ ބައެއް ނިމުމުން އެކްޓަރުން ފެނިލުމަށް ގޮވާ ގޮވުން. 3. ފަރުދާ ދަމަން ގޮވާލާ ގޮވާލުން. –ކ. 1. ދޮރުފޮތި ފަދަ އެއްްޗެއް ދަމައިގެން ފަރުދާކުރުން. curtain call ތަމްސީލެއް ނިމުމުން އެކްޓަރުން ނުކުތުމަށް އެދި ތިބީން ޖަހާ އަތްތިލަބަޑި. curtains ނުރަސްމީ ބަހުރުވައިން ކަމެއްގެ ނިމުން.
curtsyކާރޓްސީ. ނ. 1. އަންހެނުން، މީހަކާ ބައްދަލުވުމުން އިޙްތިރާމްކުރުމުގެ ގޮތުން، އެއް ފައި ކުރިއަށް އަޅައި ދެ ކަކޫ ގުދުކޮށްލައި ތިރިވެލާ ޙަރަކާތް. –ކ. ކާރޓްސީ ކުރުން.
curvaceousކާރވޭޝަސް. ނއ. ނުރަސްމީ ބަހުރުވައިން ވަނާތައް ރީތިި.
curvatureކާރވެޗަރ. ނ. އެއްޗެއް ގުދު ނުވަތަ ވަނާ. ކިއްސަރަކަށްވާ އެއްޗެއް. މ. މައިކަށީގެ ކާރވެޗަރ.
curveކާރވް. ނ. 1. އެއްވެސް ބައެއް ތެދުނޫން ރޮނގެއް. 2. އެއްވެސް ބައެއް ތެދު ނުވަތަ ހަމަނޫން ފަށަލައެއް. މ. ކުކުޅުބިހުގެ ބޭރު. 3. ކިއްސަރަކަށް ވަނާއަކަށް ވާ ބައްޓަމެއް ނުވަތަ އެއްޗެއް. –ކ. ވަނާއަށް ގުދުކުުުރުން ނުވަތަ ލެންބުން. ނއ. curvy.
curvetކަވެޓް. ނ. އަހެއް، އޭގެ ކުރީ ދެފައި މައްޗަށް ނަގައި، ތިރިއަށް އެ ދެފައި އަންނައިރު ފަހަތު ދެފައި މަތީގައި ފުއްމާ ފުއްމުން. –ކ. މިގޮތަށް ފުއްމުން.
cushionކުޝަން. ނ. 1. ފޮތި ނުވަތަ އެހެންވެސް އެއްޗަކުން ފަހައިފައިވާ ކޮތަޅަށް ކަފަ ފަދަ މަޑު އެއްޗެއް އަޅައިގެން އިށީންނައިރު އަރާމުވާ ގޮތަށް ގެންގުޅޭ ބާލީހެއް. 2. ކުއްލި ޙަރަކާތްތައް މަތަކުރުމަށް މަޑު އެއްޗަކުން ހަދައިފައިވާ ބައެއް، 3، ބިލިއާޑް މޭޒެއްގެ ވަށައިގެން އެތެރޭގައިވާ ދާރަ. –ކ. 1. ކުޝަންތަކެއް ލައިގެން އަރާމުވާގޮތް ހެދުން. 2. އެއްޗެއް ޖެހޭ ޖެހުން ނުވަތަ ތެޅޭތެޅުން ކުޑަކުރުން. 3. ގެއްލުންދެނިވި އެއްޗެއްގެ އަސަރު ކުޑަކުރުން.
cushyކުޝީ. ނއ. މާބޮޑު ކަމެއް ކުރަން ނުޖެހޭ ފަސޭހަ، ލުއި. މ. ކުޝީ ވަޒީފާއެއް.
cuspކަސްޕް. ނ. 1. ދެ ކިއްސަރެއް ގުޅޭ ކަން. މ. ހުޅެވިހަނދުގެ ދެ ކޮޅު. 2. ފާހަގަކުރެވޭ ގޮތަށް އެއްޗެއް ބަދަލުވާ ތަން. މ. ތާރީޚީ ދެ ޒަމާނެއް ގުޅޭ ތަން. 3. ރޮނގެއްގެ ސިފައަށް ކުއްލި ބަދަލެއް އަންނަ ތަން. 4. ފަތެއްގެ ކަން ނުވަތަ ކޮޅު. 5. ދެ ޙާލަތެއްގެ މެދު. މ. ފުރާވަރާއި ޒުވާންކަން. މެދު އުމުރާއި މުސްކުޅިކަމުގެ ކަސްޕް (ބެދޭތަން). 6. ރާއްސެއް ފެށޭތަން.
cussކަސް. ކ. ލަޢުނަތަށް އެދި ގޮވުން. ނުރަސްމީ ބަހުރުވައިން އެސްފީނާއެއް/ލަޢުނަތެއް ނުވަތަ މުޢާމަލާތްކުރަން އުނދަގޫ މީހެއް.
cussedކަސިޑް. ނއ. 1. އެހީތެރިވާން ބޭނުން ނުވާ. ރުޅިއަރާ (ތަކެތި). ނ. cussedness.
custardކަސްޓަޑް. ނ. 1. ކިރާއި ކުކުޅުބިސް އެއްކޮށްގެން ހަދާ ކާނާއެއް. 2. ކިރާއި ޒުވާރިފުށުގައި ހަދާ ފޮނި ސޯސްއެއް.
custodianކަސްޓޯޑިއަން. ނ. ބަލަހައްޓާ މީހާ (ޚާއްޞަކޮށް ދައުލަތުގެ ޢިމާރާތެއް).
custodyކަސްޓަޑީ. ނ، 1. އެއްޗެއް، ތަނެއް ނުވަތަ މީހެއް ބެލެހެއްޓުމުގެ ޒިންމާ ނުވަތަ ޙައްޤު. 2. ޖަލުގައި ބަންދުވާ ބަންދުވުން. take into custody ހައްޔަރުކުރުން.
customކަސްޓަމް. ނ. 1. ޢާއްމުކޮށް ކަންތައްތައް ކޮށް އުޅޭގޮތް. 2. ވިޔަފާރިއަކަށް ނުވަތަ މަސައްކަތެއް ކުރާ މީހަކަށް އާދަކޮށް ކަސްޓަމަރުން ދޭ އެހީތެރިކަން. (އެމީހުންގެ ކައިރިއަށް ދާ ދިއުން). custom-built މީހެއްގެ އޯޑަރަށް ހަދައިފައިވާ. custom car މީހަކު ބުނާގޮތަކަށް ބަދަލުގެނެސްފައިވާ ކާރެއް.
customaryކަސްޓަމަރީ. ނއ. އާދަކާދައާ އެއްގޮތަށް. ޢާއްމުކޮށް ކުރާ ގޮތަށް. ކއ. customary.
customerކަސްޓަމަރ. ނ. 1. ފިހާރައަކުން ނުވަތަ ކުންފުންޏަކުން މުދާ ގަންނަ މީހާ. 2. ކަމަކާ މުޢާމަލާތް ކުރަންޖެހޭ މީހާ.
customsކަސްޓަމްސް. ނ. 1. ބޭރުން ގެންނަ މުދަލުން ނަގާ ޑިއުޓީ ނުވަތަ ވާރު. 2. މިކަމާ ބެހޭ ސަރުކާރުގެ މުއައްސަސާ. 3. ކަސްޓަމްގެ މުވައްޒަފުން، ގެންނަ މުދައު ބަލާހަދާ ސަރަޙައްދު.
cutކަޓް. ކ. 1. މިޔަލީ އެއްޗަކުން ބުރިކުރުން، ވަކިކުރުން ކަފާލުން. 2. މިގޮތުން އެއްޗެއް ކުރުކުުރުން، ނުވަތަ ސިފައެއް ޖެއްސުން. 3. ކެފުމަށް ފަސޭހަވުން. 4. ދަތެއް ފެޅުން. 5. ހުރަސްކުރުން. މ. ކަލެއަށް އެ ދަނޑު ހުރަހަށް ކަޓްކޮށް ދުވެވޭނެއެވެ. 6. ބައެއް މަދުކޮށްގެން ކުޑަކުރުން. މ. ޓެކްސް ކަޓްކުރުން. 7. ނިއްވާލުން. މ. އިންޖީނެއް. 8. ތާސްބައި ކެނޑުން. 9. އެއްޗެއް ބުރިކުރަން އުޅޭ ގޮތަށް ކްރިކިޓްގައި ބެޓުން ބޯޅައިގައި ޖެހުން. 10. ޤަޞްދުގައި ތަނަކަށް ނުދިޔުން. މ. ކިލާސް ކަޓް ކުރުން. 11. ޤަޞްދުގައި މީހަކު ނުދަންނަ ކަމަށް ހެދުން. 12. ރަލުގެ ބާރު ދަށްކުރުމަށް ފެން އެޅުން. –ނ. 1. ބުރިކުރުމުގެ ނުވަތަ ކެނޑުމުގެ ނުވަތަ ކެފުމުގެ ޢަމަލު. ކެނޑުނުތަން. 2. ކަނޑިއަކުން، އެއްތެލުން، ޗާބޫކަކުން ފަދަ އެއްޗަކުން މަޅައިގަންނަ މަޅައިގަތުން. 3. ކްރިކެޓް ބެޓުން ބޯޅައިގައި ޖަހާ ގޮތެއް. 4. ކަތިލި ގެރިބަކަރިއަކުން ކަނޑާލާ ބައެއް. 5. އެއްޗެއް ކަނޑާފައިވާ ފޭޑި މ. ހެދުން. 6. އަސަރުކުރާ ގޮތަކަށް މީހަކު ބުނި އެއްޗެއް. 7. ކުޑަކޮށްލުމެއް. މ. ޓެކްސް. ވަގުތީގޮތުން ކަނޑާލުމެއް. މ. ޕަވަރ ކަޓް 8. ފިލްމަކުން ނުވަތަ ތަމްސީލަކުން ބައެއް މަދުކޮށްލުން. 9. ނުރަސްމީ ބަހުރުވައިން ކޮމިޝަން ނުވަތަ ފައިދާއިން ބައެއް. މ. ތި ކޮންޓްރެކްޓުން މަށަށް ލިބޭނީ ކިހާވަރެއްގެ ކަޓް އެއް؟ a cut above އެހެން އެއްޗިއްސަށް ވުރެ މާ މޮޅު. cut and dried ކުރިން ރާވާ ތައްޔާރުކޮށްފައި. cut back ކުޑަކޮށްލުން، މަދުކޮށްލުން. ހިފެހެއްޓުން. މ. ޚަރަދުތައް ކަޓް ބެކް ކުރުން. cut-back ކުޑަކުރި ކުޑަކުރުން. ކުޑަކޮށްލި މިންވަރު. cut both ways ދެކޮޅަށް ވެސް އެކަށީގެންވާ. މ. ހެކި ފަދަ އެއްްޗެއް. cut a corner ކުރާ މަސައްކަތް ފަރުވާކުޑަކޮށްލުން. ގޯޅިން ލަނބާލާއިރު ނުބައި ފަރާތަށް އެރުން. cut a dash އުޅުމާއި ކުރި ކަމުން ވަރަށް ފުރިހަމަ ދައްކާލުމެއް ދެއްކުން. cut in ފައިދާއިން ބައެއް ދިނުން. ދުއްވާ އެއްޗެއްގެ ކުރިއެރުމަށް ފަހު، ރަނގަޅު ފަރާތަށް އަވަހަށް އެރުން. މީހަކު ވާހަކަ ދައްކަނިކޮށް ހުއްޓުވާ އަނގަބޭނުން. cut no ice އަސަރެއް ނުފޫޒެއް ނެތުން. cut off ކުރިއަށް ދިއުމަށް ހުރަސް އެޅުން. ގުޅިގެން އުޅުމާއި ބައްދަލުވެ އުޅުމުން ވަކިވެގަތުން. cut-off one’ losses މާބޮޑަށް ލިބޭ ގެއްލުން ބޮޑު ނުވަނީސް ކުރަމުންދާ ކަމެއް ހުއްޓާލުން. cut out ކަފައިގެން ސިފަ ގެނައުން. އިންޖީނެއް ފަދަ އެއްޗެއް ހުއްޓުން. ވާދަކުރާ މީހަކަށް ވުރެ މޮޅަށް ކުރުން. cut-out ކަރުދާސް ފަދަ އެއްްޗަކުން ބައްޓަމެއް ކެނޑުން. އޮޓޮމެޓިކުން އެއްޗެއް ކަނޑާލާ އެތި. މ. އިލެކްޓްރިކް. cut out for ކަމަކަށް ބޭނުންވާ ޤާބިލްކަމާއި ހުނަރު ހުރި. މ. މަޤާމަކަށް. cut the ground from under someone’s feet މީހަކު ރާވާ ރޭވުމާއި ދޭނޭ ޒުވާބު ކުރިން ވިސްނައިގަނެ، އެތަކެތީގެ އަސާސްތައް ހަލާކުކޮށްލުން. cut up ކޮށުން. އުޅަނދެއްގައި އެހެން އުޅަނދަކަށް ވުރެ ކުރިއަރައި، މަގުގެ ރަނގަޅު ފަރާތަށް އެރުން. ވަރަށް ބޮޑަށް ކަމަކާ މޮޅިވުން. cut up rough ރުޅިވެރިކަމާއި ނަފްރަތު ހާމަކުރުން.
cuteކިޔުޓް. ނއ. ނުރަސްމީ ބަހުރުވައިން 1. ވިސްނުން އަވަސް. 2. މޮޅަށް ހަދާފައިވާ. 3. ބަލާލުމަށް ރީތި، ޒުވާން، ހިތްގައިމު. 4. ފޫހިވާގޮތަކަށް މާމޮޅުވެގެން އުޅުން. ކއ. cutely. ނ. cuteness.
cuticleކިޔުޓިކްލް. ނ. ނިޔަފަތީގެ ބުޑުގައިވާ ހަން.
cutlassކަޓްލަސް. ނ. ކަނޑުފޭރޭ މީހުން ގެންގުޅޭ އެންމެ މިޔައެއް ހިމެނޭ ގުދު ކުރު ކަނޑިއެއް.
cutleryކަޓްލަރީ. ނ. ކެއުމުގައި ބޭނުންކުރާ ސަމުސާ، އޫ، ވަޅި ފަދަ ލޯހަ ތަކެތި.
cutletކަޓްލެޓް. ނ. 1. ކަރުގެ ބަކަރި/ކަންބަޅި މަސް ކޮޅެއް. 2. ތެލުލުމަށް ކަފާ ޅަގެރިއެއްގެ ބުރި މަސް. 3. ކަޓްލެޓްގެ ސިފައަށް ކައްކާފައިވާމުގުރި މަސް (ބައެއް ފަހަރު މިއަށް އެހެން ތަކެތި އެއްކޮށް ފާރޮށިކުނޑިއަށްލައި ތެއްލައެވެ.)
cutterކަަޓަރ. ނ. 1. ކަފާ މީހާ ނުވަތަ އެތި. 2. އެއް ކުނބުލީ ކުޑަ އުޅަނދެއް.
cut-throatކަޓް-ތްރޯޓް. ކަޓް-ތްރޮއުޓް. ނ. 1. އިންސާފުވެރި ނޫން ގޮތަކަށް، ކުރާ ނޭދެވޭ އަސަރަށް ލިބޭ ގެއްލުމަށް ނުބަލާ ގަދައަށް ވާދަކުރުން. މ. ކަޓް-ތްރޯޓް ބިޒްނަސް/ދުނިޔެ/މާރކެޓް. 2. ތާސްބައިން ކުޅޭ ކުޅިވަރުތަކުގައި ތިން އަތް ހިމެނޭ. 3. ދިގު ތިލައެއް ހިމެނޭ ރޭޒަރު.
cuttingކަޓިން. ނއ. އަސަރުކުރާ. މ. ކަޓިން ޝަކުވާތައް. –ނ. 1. އެއްޗަކުން ބުރިކޮށްލާފައިވާ ނުވަތަ ކަނޑާލާފައިވާ ބައެއް. މ. އިންދަން ބުރިކުރި ހުވަނދުމާކުރި. ނޫހަކުން ކަފާލި ބައެއް. 2. މަގެއް ނުވަތަ ރޭލުދަތުރުކުރާ މަގެއް ހެދުމަށް އުސް ތަނަކުން (މ. ފަރުބަދައަކުން) ކަނޑާލި ބައެއް.
cuttlefishކަޓްލްފިޝް. ނ. އެއާ ޖައްސާލުމުން ކަޅުކުލައިގެ ދެއްޔެއް ދޫކުރާ މަހެއް. ބޯވަދިލަމަސް.
c.v.ސީ.ވީ. ކުރުކޮށް curriculum vitae.
cwmކޫމް. ނ. ފަރުބަދައެއްގެ މަތީގައި ބޯތައްޓެއްހެން އަޑިވެފައިވާ ތަނެއް.
cyanސަޔާން. ނ. ފެހިނޫ ވައްތަރުގެ ގަދަ ކުލައެއް. ވިލުކުލަ. މިކުލައަކީ ޗާޕުކުރާއިރު އަދި ފޮޓޯ ޕްރިންޓްކުރާއިރު ބޭނުންކުރާ އަސާސީ ކުލައެކެވެ.
cyanideސައިނައިޑް. ނ. ވަރަށް ވިހަ ގަދަ ކެމިކަލެއް. ގިރިޓީ ކުރާއިރު މި ކެމިކަލްގެ ބާވަތެއް ބޭނުން ކުރެއެވެ.
cyanosisސިއޮނޯސިސް. ނ. އޮކްސިޖަންް މަދުވުމުގެ ސަބަބުން ހަންގަނޑަށް ނޫކުލަ އަރާ ބައްޔެއް ނުވަތަ ޙާލަތެއް.
cyber-ސައިބަރ. ލަފުޒެއްގެ ކުރިއަށް އިތުރުުކުރާ ބައެއް. މި ބައި ހިމެނުމުން އެ ލަފުޒުން މާނަކުރެވޭނީ ކޮމްޕިއުޓަރު ނުވަތަ އިންޓަރނެޓް ގެ ދާއިރާއަށެވެ. މ. ސައިބަރކޮމާރސް-އިންޓަރނެޓް މެދުވެރިކޮަށް ކުރާ ވިޔަފާރި. ސައިބަރކްރައިމް – އިންޓަރނެޓް މެދުވެރިކޮށް ކުރާ ކުށް.
cyberneticsސައިބަރނެޓިކްސް. ނ. ދިރުން ހުންނަ ތަކެތީގަ އާއި މެޝިނުގައި (މ. ކޮމްޕިއުޓަރުގައި) އެކި މަޢުލޫމާތު ދަތުރުކުރާ ގޮތާއި ކޮންޓްރޯލް ކުރާ ގޮތާ ބެހޭ ޢިލްމު.
cyclamenސިކްލެމަން. ނ. އިނދިފުށަށް އެނބުރޭ ފިޔަތަކެއް ހުންނަ ހުދު، ފިޔާތޮށި އަދި ދަނބު މައު އަޅާ ގަހެއް.
cycleސައިކްލް. ނ. 1. އެއް ތަރުތީބަކުން ތަކުރާރުވާ، ޢަމަލުތަކެއް، ޙަރަކާތްތަކެއް، ނުވަތަ ކަންތައްތަކެއް. މ. މޫސުން. ބުރެއް. 2. މިފަދަ ތަރުތީބަކަށް ކަންތައްތައް ވުމަށް އެއް ބުރަށް ހިނގާ ވަގުތު. 3. އިލެކްޓްރިކް ކަރަންޓްގެ ރާޅެއް ފަދަ ތަކުރާރުކޮށް ވާކަމެއްގެ އެއް ބުރު. 4. އެކަކު އެކުލަވާލައިފައިވާ އެއް ޚިޔާލުތަކެއް ހިމެނޭ ނުވަތަ ބައެއް އުޅޭ ލަވަ، ޅެން، ތަމުސީލު ފަދަ އެއްޗެތީގެ ގުރޫޕެއް. 5. ބައިސްކަލެއް ނުވަތަ އިންޖީނުލީ ބައިސްކަލެއް (މޮޓޮރ ސައިކަލެއް). –ކ. ބައިސްކަލެއް ދުއްވުން.
cyclicސައިކްލިކް. ނއ. 1. އެއްކަމެއް ފަހު އަނެއް ކަމެއް ހިނގާ، އަދި ގިނަ ފަހަރު މިކަން ތަކުރާރުވާ. ދައުރުވާ. ދައުރީ. 2. ވަށްބުރެއް އުފެދޭ. ތަކުރާރުވާ. ނއ. cyclical. ކއ. cyclically.
cyclistސައިކްލިސްޓް. ނ. ބައިސްކަލު ދުއްވާ މީހެއް.
cyclo-crossސައިކްލޯ-ކްރޮސް. ނ. މަގުތަކުންނާއި ދަނޑުބިންތައް ހުރަސްކޮށް ޖަހާ ބައިސްކަލުގެ ރޭސް.
cycloneސައިކްލޯން. ނ. 1. ދުނިޔޭގެ ހޫނު ސަރަޙައްދުތަކަށް އަންނަ ބާރުގަދަ ޠޫފާނެއް. 2. ޖައްވުގެ ފިއްތުން ކުޑަ ހިސާބަކަށް އެނބުރެމުންދާ ވައި ކުރާ ދަތުރު. ނއ. cyclonic.
cylopaediaސައިކްލޮޕީޑިއާ. ނ. އެންސައިކްލޮޕީޑިއާ އެއް. ތަފާތު މައުޟޫޢުތަކަށް ލިޔެފައިވާ ފޮތެއް.
cyclostyleސައިކްލޯސްޓައިލް. ނ. ސްޓެންސިލް ބޭނުންކޮށްގެން ތަކެތި ޗާޕުކުރާ ގޮތެއް. –ކ. މިގޮތަށް ތަކެތި ޗާޕުކުުރުން.
cyclotronސައިކްލޮޓްރޮން. ނ. ދަގަތްފާނު ދަނޑެއްގައި ވަށްކޮށް ދުވާގޮތަށް އިލެކްޓްރޯންގެ ދުވެލި ބާރުކުރާ މެޝިނެއް.
cygnetސިގްނިޓް. ނ. ސްވޯން (ހަންސް) ކިޔާ ބާވަތުގެ ކަރުދިގު އަސްދޫނީގެ ޅަ އެތި.
cylinderސިލިންޑަރ. ނ. 1. ރުއް ގުޅިއެއްހެން ދެކޮޅު ވަށްކޮށް އަރިމަތި ހަމައަށް ހުންނަ ބައްޓަން. ބެރެއްހެން އެތެރެ ހުސްވިއަސް މިހެން ކިޔައެވެ. 2. މެޝިނެއްގެ މި ސިފައަށް ވާ އެއްޗެއް. 3. އިންޖީނެއްގެ ފިސްޓަން ހިނގާ ހޮޅި.
cymbalސިމްބަލް. ނ. ރަންވަންލޯ ދެ ތިލަ ތަށި އެކަތި އަނެއް އެއްޗާ ޖަހައިގެން ނުވަތަ އޭގައި ދަނޑިއަކުން ޖަހައިގެން މިޔުޒިކް ކުޅޭ އާލަތެއް. ޒިލްތަށި.
cynicސިނިކް. ނ. އިންސާނުންނަކީ އިޚްލާޞްތެރި ބައެއް ނޫންކަމާއި މީހަކު ޝައުޤުވެރިވަނީ ހަމައެކަނި އެމީހެއްގެ ނަފުސަށްކަމަށް ދެކޭ މީހެއް. ނއ. cynical. ކއ. cynically. ނ. cynicism ސިނިކް އެއް ކަންކަމާ ދޭތެރޭ ދެކޭގޮތް.
cynosureސައިނަޜުއާ. ނ. ރީތިކަމުން، ފުރިހަމަ ކަމުން އެންމެންގެ ސަމާލުކަމާއި ރުހުން ލިބޭ މީހެއް ނުވަތަ އެއްޗެއް.
cypressސައިޕްރަސް. ނ. ދުނިޔޭގެ އުތުރު ބައްރުތަކުގައި ހެދޭ ފިތުރޯނުހެން ފަތްތައް ހުންނަ ގަހެއް.
Cyprusސައިޕްރަސް. ނ. އިރުމަތީ މެޑިޓަރޭނިއަން ކަނޑުގައިވާ ރަށެއް. ނއ. ނ. Cypriot.
Cyrillicސިރިލިކް. ނއ. ރަޝިއާ ބަސް އިރުމަތީ ޔޫރަޕުގެ ބައެއް ބަސް ލިޔާ އަކުރުތަކަށް ނިސްބަތްވާ.
cystސިސްޓް. ނ. ހަށިގަނޑުގެ އެތެރޭގައި އުފެދޭ ދިޔައެއް ނުވަތަ ޓިޝޫ ހުންނަ ގޮނޑިއެއް.
cysticސިސްޓިކް. ނއ. 1. މަޘާނާ (ފަހަރުވަ އެޅޭ ގުނަވަން) އާ ބެހޭ. 2. ހަށިގަނޑުގެ ތެރޭގައި އުފެދޭ ގޮނޑިއަކާ ބެހޭ.
cystitisސިސްޓައިޓިސް. ނ. (ޚާއްޞަކޮށް އަންހެނުންނަށް ޖެހޭ) މަޘާނާ ދުޅަވެ، ކުޑަކަމުދާ އިރު ތަދުވާ ބައްޔެއް.
cytologyސައިޓޮލޮޖި. ނ. ދިރުން ހުންނަ ތަކެތީގެ ސެލްތައް ދެތުމާ ބެހޭ ޢިލްމު.
czarޒާރ. ނ. tzar ގެ އެހެން އިސްޕަލިންގ އެއް.
Czechޗެކް. ނއ. ޗެކް ރިޕަބްލިކްގެ މީހުންނަށް ނުވަތަ ބަހަށް ނުވަތަ ޤައުމަށް ނިސްބަތްވާ.
Czechoslovakiaޗެކޮސްލޮވޭކިއާ. ނ. ވިހި ވަނަ ޤަރުނުގެ ބޮޑު ބައެއްގައި، ޔޫރަޕުގައި އޮތް ޤައުމެއް. މި ޤައުމު މިހާރު ވަނީ ޗެކް ރިޕަބްލިކް އަށާއި ސްލޮވޭކިއާ އަށް ބައިކުރެވިފައެވެ.
OBAALAA

ދިވެހިބަހާ ބެހޭ އެހެން މަޒުމޫނުތައް ކިޔުއްވަން އޮބާލައްވާ!

OBAALAA