ދިވެހި ޘަޤާފަތުގެ ތެރެއިން
ކުރިން ދަމު ނަމާދު ކުރާ ގޮތް
ދަމު ނަމާދު ނުވަތަ ތަހައްޖުދު ނަމާދަކީ، ރޯދަމަހު ކުރުމަށް މީހުން ޚާއްޞަ ސަމާލުކަމެއްދޭ ނަމާދެކެވެ. މި ނަމާދަށް ދޭ އަހްމިއްޔަތުކަން ރޯދަމަހުގެ ފަހު ދިހައެއްގައި ވަކިން ބޮޑުވެއެވެ. ތިރީގައި މި ގެނެސްދެނީ މި ނަމާދު ކުރާނޭ ގޮތެވެ.
ދަމުނަމާދު ކުރާނޭ ގޮތާ ބެހޭ ގޮތުން އެތައް ލިޔުންތަކެއް އެކި ފަރާތްތަކުން ލިޔެފައިވެއެވެ. މި ނަމާދާ ބެހޭ ކުރު ޚުލާޞާއެއް މި ޖުމުލައަށް ފިއްތަވާލައްވަނިކޮށް ފެންނަ ލިޔުމުގައި ވެއެވެ. މިއީ ކިޔަން ފަސޭހަ ތަޢާރުފެކެވެ.
މި ނަމާދުގެ ރަކްޢަތްތަކާއި ނަމާދު ކުރާނޭ ގޮތާބެހޭ ކުރު ބަޔާނެއް މި ޖުމުލައަށް ފިއްތަވާލަނިކޮށް ފެނިވަޑައިގަންނަވާނެއެވެ. މި ނަމާދު ކުރުން އެންމެ ރަނގަޅީ ރޭގަނޑުން ބައެއްގައި ނިދާފައި ތެދުވެ ކަމަށާއި އެންމެ ރަނގަޅު ވަގުތަކީ ފަހު ދަންބައިކަމަށް މި ޖުމުލައަށް ފިއްތަވާލަނިކޮށް ހާމަވާ ލިޔުމުގައި ވެއެވެ. ދަމު ނަމާދަށް ތަހައްޖުދު (ނިދީން ހޭލުމަށްފަހު ކުރެވޭ) ނަމާދު ކިޔަނީ މިހެންވެގެން ކަމަށް މި ލިޔުމުގައި ވެއެވެ.
މި ނަމާދު ކުރާނޭ ގޮތް ދީނުގެ ޙުކުމްތަކާ ބެހޭ ރާއްޖޭގެ އެންމެ މަޝްހޫރު ”ބޮޑު ތަރުތީބަކު“ ނުވެއެވެ. ނަމަވެސް، 1950 އާއި 1960 ގެ އަހަރުތަކުގައި މަޝްހޫރުވި ތަޢުލީމުއްދިޔާނާ ގައިވެއެވެ. ތިރީގައި އެވަނީ އެ ފޮތުގައި ދަމު ނަމާދު ކުރާނޭ ގޮތް ގެނެސްދީފައިވާ ގޮތެވެ.
ދަމު ނަމާދު. (تَهَجُّدُ):
ދަމު ނަމާދަކީ، ވަރަށް އިތުރުކަން ބޮޑު ނަމާދެކެވެ. عِشَآء ނަމާދުން އަވަދިވެގެން ކިތަންމެ ކުޑައިރުކޮޅަކު ނަމަވެސް ނިދައިލުމަށް ފަހު ތެދުވެ ކުރާ ދެ رَكْعَة ނަމާދެކެވެ.
މި ނަމާދުގެ މަދު މިނީ، ދެ رَكْعَة އެވެ. ގިނަވެގެން ވަކި އަދަދެއް، ނެތެވެ. މި ނަމާދު ކުރުމަށް މޮޅު އިތުރުވެގެންވާ وَقْت އަކީ، ރޭގަޑު މެންދަމުގެ ފަހެވެ. މެންދަމުގެ ކުރީގައި ކުރިވެސް ހެއުވެދެއެވެ. عِشَآء ނަމާދަށް ފަހު އިރުކޮޅަކު ނިދާލާފައި ތެދުވެ ވިތުރި ކުރުމުން ދަމު ނަމާދު ކުރުމުގެ ޘަވާބު ޙާޞިލްވެދެއެވެ. ރޭގަޑުގެ ވަޤްތު ދެބައިކޮށްފި ނަމަ، މޮޅު އިތުރީ ފަހުބައެވެ. ތިންބައިކޮށްފި ނަމަ، މެދު ބައެވެ. އެންމެ މޮޅު ގޮތަކީ، ހަބަޔަށް ބައިކޮށް، ކުރީ ތިންބައިގައި ނިދުމެވެ. ދެން ތެދުވެ ހަތަރުވަނަ ބައާއި، ފަސްވަނަ ބައިގައި ނަމާދު ކުރުންމަތި ޤާއިމްވެ ހުރުމަށްފަހު، ހަވަނަ ބައިގައި ނިދުމެވެ.
ތަހައްޖުދު ކުރާ މީހާއަށް ޤައެލޫލާ އަކީ، ސުންނަތު އެކެވެ. އެއީ، އިރު މެދުޖެހުމުގެ ކުރީގައި، އިރުކޮޅަކު ނިދައިލުމެވެ.
ތަހައްޖުދު ކުރުމަށް އާދަކޮށްފައިވާ މީހާ ޢުޛުރު އަކަށްޓަކައި މެނުވީ، އެ ނަމާދު އަޅައިފުން މަކްރޫހް އެވެ.
މި ނަމާދުގެ ނިޔަތް ދުލުން ކިޔާނީ، اُصَلِّى رَكْعَتَيْنِ سُنَّةَ التَهَجُّدِ لِلّهِ تَعَالى اَللَّهُ أَكْبَرُ މިފަދައިންނެވެ. ހިތުން ނިޔަން ގަންނާނީ، ތަހައްޖުދު ނަމާދުގެ ސުންނަތް ދެ ރަކްޢަތް މާތް ކަލާގެ ކިބައަށް ކުރަމެވެ. މިފަދައިންނެވެ. މި ނަމާދުގެ ފުރަތަމަ ރަކްޢަތުގައި اَلْحَمْدُ ފަހުގައި ކިޔަވާނީ آيَةُالْكُرْسِ އެވެ. ދެވަނަ ރަކްޢަތު اَلْحَمْدُ އަށް ފަހު ކިޔަވާނީ إخْلاَص سورة އެވެ.
ދަމު ނަމާދު ކޮށް އަވަދިވުމަށް ފަހު އަންނަނިވި ދުޢާތަކުގެ ތެރެއިން ދުޢާ އެއް ނުވަތަ އެފަދަ އިތުރު އެހެން ދުޢާއު އެއް ކިޔެވުން މޮޅު އިތުރެވެ. [ދެން ދިގު ދެތިން ދުޢާ ލިޔުއްވާފައި ވެއެވެ.]
dhamu namaadhu baraabarah kuramun annanikoh mihaaru aammukoh heynuleveythaa dhuvas thakeh vejje , mikama kuraane kameh eba otho… noonee luhaa namaadhuge vaguthugai komme dhuvahaku galaa kuran veetho , avaas javaabu ( shukuran )
ކީއްވެ އިޝާނަމާދަށް ފަހު ދަމު ނަމާދު ނުކުރަނީ؟ އެއީ ވެސް ކަމުދާ ގޮތެއް.
ނުހޭލެވޭނެމަ، އޮށޯވެ އޮވެ، “ޤުލްލައު ކާނަލް ބަޙްރު މިދާދަށް …” ކަހަފު ސޫރަތުގެ ނިޔަލަށް ކިޔުން ރަނގަޅުކަމަށްވޭ.
ތަޙައްޖުދް އަށް ނުހޭލެވޭނަމަ، މެންދުރުވުމުގެ ކުރިން އެ ނަމާދުގެ ބާރަ ރަކްޢަތް ކުރެވިދާނެ.
މި މަޢުލޫމާތު ތަރުޖަމާކުރީ މި ލިންކް އިން: https://islamqa.org/hanafi/askimam/29381/can-one-pray-tahajjud-immediately-after-isha/
Dhulun viyas heyo eccheh kiyaigen alhugandakah hiyeh nuvey e ee bidhya akah vaane kameh
dhamu namaadhuge 2 rakaai kohfa witri ge 1 rakaai kuraany kihinehtho
Shukuriyya varah bodah
Mi sahha eh nun.. Dheenuge ehvex kamakah dhulun kiya niyatheh noavey.. Niyai gannan jeheyny hithun.. Nuvatha hithan aruvaalun..
Thauleemuhdhiyaanaa fothugai ethah baivaru bidhuva thah vey..
niyatheh oveytha kiyaaheefaanantha
މި ނަމާދުގެ ނިޔަތް ދުލުން ކިޔާނީ، اُصَلِّى رَكْعَتَيْنِ سُنَّةَ التَهَجُّدِ لِلّهِ تَعَالى اَللَّهُ أَكْبَرُ މިފަދައިންނެވެ. ހިތުން ނިޔަން ގަންނާނީ، ތަހައްޖުދު ނަމާދުގެ ސުންނަތް ދެ ރަކްޢަތް މާތް ކަލާގެ ކިބައަށް ކުރަމެވެ.
vaki nyatheh oveytha dhamunamaa dhah
Dhevvi eheetheri kamah shukru dhannavan
Dhamunamaadh ge dheraku ai kohfa ..baeh meehun vithureege 3 rakuai kuraane …vithureege 3 raku ai kuraane goii bunedheefaanan thoa
rukoou adhi sajidhaaga gina vaguthu vaairu kiyun molhu ithuru dua e zikr e veytho.
Shukuriyya Dr Hassan Hameed
Meega niyaih liyefa in iru Allah ge ismufulhu liyefa eydhykihinehtho? Niyaih nimeythaaga
E-ee ves liyaa gotheh… dhamaa fili baeh keyboard thakaku nuves hurey…
Ballavaa…
http://www.quranful.com/
Thahajjudhu namaadhu kohnimigen kuraa duaa eh bunedhevidhaane tho . .o link eh fonuvabala dheveyne tho
http://www.islamknow.com/2013/11/10-duas-of-our-prophet-mohamed-pbuh.html
އަޅުގަނޑަށް ވިސްނޭގޮތުން، މާނަ ނޭނގި ޢަރަބި ބަހުން ކިޔާ ދުޢާތަކަށް ވުރެ، މާނަ އެނގޭ ދިވެހި ބަހުން ކިޔާ ދުޢާތައް އިތުރުވެގެން ވެއެވެ. ފަހެ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ﷲ، ހުރިހާ ބަހަކާއި އަދި ކިއެއްތަ، ތިބާގެ ހިތުގައިވާ އެއްޗެއް ވެސް ދެނެވޮޑިގެން ވެއެވެ.
Haadha rangalhey… Thank you sir…