ދަރުވޭސީންގެ އަޚްލާޤު 3
21
ބަސްމަގު ރީތިކުރުމާއި މީހުންނާ މުޢާމަލާތް ކުރުމުގެ ނިޔަނެތި ގޮތްތައް (އަދަބު) ދަސްކުރެއްވީ ކާކުގެ ކިބައިންތޯ ސުވާލުކުރެވުމުން، ލުޤްމާނު ޖަވާބުގައި ވިދާޅުވިއެވެ:
އަދަބެއް ނެތް މީހުންގެ ކިބައިންނެވެ. އެމީހުންގެ ފަރާތުން ފެންނަ ހުތުރު ކަންތައްތައް ކުރުމުން އަހުރެން އެއްކިބާވީ އެވެ.
އެމީހާއަށް އެ އިވެނީ މަޖަލެއްގެ ގޮތުގައެވެ“.
22
އަޅުކަން ކުރުމުގައި އެކަހެރިކޮށް އުޅޭ މީހަކު، އެއް ރެޔަކު، ދިހަ މަނުގެ ކާނާ ކައިގެން ފަތިސް ވަންދެން ކީރިތި ޤުރްއާން ކިޔެވުމުގައި ޤަރާރުވެ ވިއެވެ. އަޅުވެރި މީހަކަށް މި ޚަބަރު ލިބުމުން އޭނާ ބުންޏެވެ:
”ރޮށްޓެއްގެ ދެބައިކުޅަ އެއްބައި ކައިގެން ފަތިސްވަންދެން އޭނާ ނިދި ނަމަ މާ ރަނގަޅުވީހެވެ.“
އެއީ ނޭފަތާ ހަމައަށް ކާނާއިން ފުރިގެންވާތީ އެވެ.
23
މާ ނުބައި ނުލަފާކޮށް އުޅުނު މީހަކު އޭނާގެ ފާފަތަކުގެ ސަބަބުން ﷲ ގެ ރަޙްމަތުން އެއްކިބާވެގެން ވަނިކޮށް، އެކަލާނގެ ރަޙްމަތުގެ އަލި އޭނާގެ މަގަށް އެޅި، ހެޔޮ ލަފާ ދީންވެރި ބައެއްގެ ޖަމާޢަތަކަށް އޭނާއަށް ދެވިއްޖެއެވެ. މި ޖަމާޢަތުގެ މީހުންގެ އުޅުމުގެ ބަރަކާތުންނާއި އެމީހުންގެ މިސާލުން އޭނާގެ ނަފުސުގައިވި، ނުބައި ކަންތައްތައް ކުރުމުގެ ރޫޙު ފިލާގޮސްް، ހެޔޮލަފާ މީހަކަށް ވެއްޖެއެވެ.
އެކަމަކު، އޭނާ ކުރިން ދަންނަ މީހުން ދޫ ދިގުކޮށް އޭނާގެ ކުރީގެ އުޅުމަށް އިޝާރާތްކޮށް، އޭނާގެ އުޅުން ބަދަލުނުވާކަމަށާއި މިއީ ވަގުތީ ތަމްސީލު ކުޅުމެއް ކަމަށް ވާހަކަ ދައްކާ އަޑު މީނާއަށް އިވިއްޖެއެވެ.
މި މީހުން ދައްކާ ވާހަކައަށް ކެތް ނުވެވިގެން، އެ ޖަމާޢަތުގެ ޝޭޚްގެ ކައިރީގައި ޝަކުވާ ކުރުމުން، ރޮއެފައި ޝޭޚް ބުންޏެވެ:
”އެމީހުން އެ ހީކުރާ މީހާއަށް ވުރެ ކަލާ ހެޔޮ ލަފާވެގެން ވީކަމަށްޓަކައި، މާތް ﷲ އަށް އެކަމާ އެކަށީގެންވާ މިންވަރަކަށް ޝުކުރު ކުރާނީ ކިހިނަކުން ހެއްޔެވެ؟“
އަހުރެންނާ މެދު ވިސްނާށެވެ. އަހުރެންނާ އެކު އުޅޭ މީހުން، އަހުރެންނަކީ ބަރާބަރު މީހެއް ކަމަށް ދެކެއެވެ. ނަމަވެސް، އަހަރެންނަށް އަހުރެން ފެންނަނީ އައިބެއް ކަމުގައެވެ.
24
އަހުރެންނަކީ ޝަހްވާނީ ކަންތައްތަކުން ހައްދުފަހަނައަޅައިފައިވާ މީހެއްކަމަށް ތުހުމަތުކޮށް ވާހަކަ ދައްކާތީ، އަހުރެން އެވާހަކައިން ޝޭޚަށް ޝަކުވާކޮށްފީމެވެ. ޖަވާބުގައި ވިދާޅުވިއެވެ.
”ކަލޭގެ ރަނގަޅު އަޚްލާޤުން އޭނާ ލަދުގަންނަވާލާށެވެ.“
25
ސީރިޔާގެ ސޫފީ ޝޭޚެއްގެ ކައިރީގައި ސޫފީންގެ ޙަޤީޤީ ޙާލަތާ ބެހޭ ގޮތުން ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ:
”އިހު ޒަމާނުގައި އެއީ ބޭރަށް ފެންނަ ފެނުމުގައި ދަތިތަކެއްގައި، އެކަމަކު ޙަޤީޤަތުގައި ހިތްހަމަޖެހިގެން އުޅުނު ޤަބީލާއެކެވެ. އެކަމަކު މިހާރު އެބައިމީހުންނީ ބޭރުފުށުން ހިތްހަމަޖެހިގެން އެކަމަކު އެތެރެފުށުން ނުތަނަވަސްކަމެއްގައި ވާ ބައެކެވެ.“
26
އަހުރެން ކާރުވާނަކާއެކު މުޅި ރޭގަނޑެއްގައި ހިނގަމުން ގޮސް، ސަހަރާއެއްގެ ކައިރީގައި ނިދައިފީމެވެ. އަހުރެމެންނާއެކު ދަތުރު ކުރި މުސާފިރަކު ކުއްލިއަކަށް ހަޅޭއްލަވައިގަނެފައި، ސަހަރާގެ ތެރެއަށް ދުއްވައިގެންފިއެވެ. ކުޑަ އިރުކޮޅަކުވެސް އަރާމެއް ނުކުރެއެވެ.
ދުވާލުވުމުން، އެނާގެ ޙާލަތާ މެދު ސުވާލު ކުރުމުން ޖަވާބުގައި ބުންޏެވެ:
”އަހުރެންނަށް ފެނުނީ ބުލްބުލްތައް ގަސްތަކުގައި، ކަބަކުތައް ފަރުބަދަ މަތީގައި، ބޮއްތައް ފެންގަނޑުގައި އަދި ޖަނަވާރުތައް ސަހަރާގައި ހިތާމަކުރަން ފެށިތަނެވެ. ދެން އަހުރެން ހިތަށް އެރީ، އެ ހުރިހާ ޖަނަވާރެއް ކަލާނގެއަށް ޙަމްދުކުރާއިރު އަޅާލުންތެރިކަމެއް ނެތި ނިދީގައިވުމީ އަހުރެންނަށް ރީތި ނިޔަނެތި ކަމެއް ނޫންކަމެވެ.“
އިންސާނުންނަށް އެއީ ރީތިކަމެއް ނޫނެވެ.“
27
ފަޔާއި ބޯ ނިވާ ނުކޮށް ހުރި ހިނގާފައި އުޅޭ ކޫފާއިން އައި މީހެއް، ހިޖާޒުން އައި ޙައްޖާޖީންގެ ޤާފިލާ އަކާއެކު އަހުރެމެންނާ ގުޅިއްޖެއެވެ. އެކި ހިސާބުތަކަށް ހިނގަމުން ގޮވައެވެ.
ފަސޭހަކަމާއި އެކު ނޭވާލަމުން، އަހުރެންގެ ޙަޔާތް ހޭދަކުރަމެވެ.“
ޖަމަލެއް ދުއްވަން އިން މީހަކު އޭނާއަށް ބުންޏެވެ. ”ތިޔަ ދަނީ ކޮންތާކަށް ހެއްޔެވެ؟ އަހުރެމެންގެ ކައިރިއަށް އަންނާށެވެ. އެހެންނޫނީ ދަތި އުނދަގޫ ޖެހިގެން ކަލޭ މަރުވެދާނެއެވެ. މިބުނި ބުނުމަށް ސަމާލުކަން ނުދީ އޭނާ ސަހަރާތެރެއަށް ހިނގަމުން ގޮސްފިއެވެ.
އަހުރެމެންނަށް މަޙްމޫދުގެ ކަދުރުބަގީޗާ އަށް ދެވުނު އިރު، އެ މުއްސަނދި މީހާ ވަނީ މަރުގެ ތުންފަތް މަތީގައެވެ. ދަރުވޭސީ އޭނާ އޮށޯވެގެން އޮތް ބާލީހާ ކައިރިވެލާފައި ބުންޏެވެ. ”ސަހަރާގެ އުނދަގުލަކުން އަހުރެންނެއް މަރެއް ނުވިއެވެ. އެކަަމަކު ތިބާ، ހަލުވި ޖަމަލެއްގެ މަތީގައި އިނދެ މަރުވީ އެވެ.“
28
ރަސްކަލަކަށް މަރުގެ އާލާސްކަންފުޅު ޖެހިވަޑައިގެން އިރު، ރަސްކަމަށް އިސްކުރާނޭ ވަލީއަހުދެއް ނެތިވިއެވެ. އެންމެ ފަހުގެ ވަސިއްޔަތެއްގެ ގޮތުން ރަސްގެފާނު ވިދާޅުވީ އަވަހާރަވެ ވަޑައިގަތުމުން، ޖެހިގެން އަންނަ ހެނދުނުގައި ރަށުގެ ރަށްބޭރު ދޮރޯށިން ފުރަތަމަ ވަންނަ މީހާއާ ރަސްކަމުގެ ތާޖު އާއި ވެރިކަން ޙަވާލުކުރުމަށެވެ.
ކަންދިމާވިގޮތުން އެ ހެނދުނުގައި ރަށްބޭރު ދޮރޯށިން ފުރަތަމަ ވަނީ ފޮތިމަތީ ފޮތިއަޅައިފައިވާ ލިބާހެއް ލައިގެން ހުރި، މުޅި ޢުމުރުގައި މީހުންދޭ އެތިކޮޅުން ކައިބޮއި އުޅޭ ދަރުވޭސީ އެކެވެ.
ރަސްކަމުގެ ތަނބުތަކާއި ބޮޑުން، ވަޞިއްޔަތް ފުރިހަމަކޮށް، ރަސްކަމާއި ޚަޒާނާގެ ވެރިކަން ދަރުވޭސީ އަށް ދީފިއެވެ. ދުވަސްކޮޅަކު ރަސްކަން ކުޅަތަނާ، ބައެއް އަމީރުން ކިޔަމަންވުމުން އެމީހުންގެ ކަރުތައް ރަސްކަމުން ދުރުކޮށްފިއެވެ. ވަށައިގެންވާ އެހެން ރަށްރަށުގެ ރަސްކަލުން، ހަނގުރާމައަށް ލަޝްކަރުތައް ތައްޔާރުކޮށް، ޢަދާވާތްތެރިވުމަށް ތެދުވެއްޖެ އެވެ. އެންމެ ފަހުން، އޭނާގެ ސިފައިންގެ ބައެއް މީހުންނާއި ރައްޔިތުން ބަޣާވާތްކޮށް، ޤައުމުން ބައެއް ފޭރިގެންފިއެވެ.
މިހެން ކަންހިނގަމުން ދިޔަތަނާ، ދަރުވޭސީއަކަށް ވެގެން ރަސްގެފާނު އުޅުނު ދުވަސްވަރުގެ ރަޙްމަތްތެރި ދަރުވޭސީއެއް، ދުރު ދަތުރަކުން ރަށަށް އެނބުރި އައިސް، މަތިވެރި މަޤާމެއްގައި ރަޙްމަތެރިޔާ ވާތީ ދެންނެވިއެވެ:
”މަތިވެރި މާތް ﷲ އަށް ޙަމްދު ހުއްޓެވެ. ތިބާގެ ފިނިފެންމާ، އޭގެ ކަށިން ނުކުމެ ފޮޅިއްޖެއެވެ. އަދި ތިބާގެ ކަށި، ފައިތިލައިން ނެގިއްޖެއެވެ. ތިމާގެ މަތިވެރި ނަޞީބު ތިބާއަށް އެހީ ވެދީފިއެވެ. އަދި ފާގަތިކަމާއި ތަނަވަސްކަން މި މަޤާމަށް ތިބާ އަށް މަގުދައްކައިފިއެވެ. ހަމަކަށަވަރުން ކޮންމެ ދަތިކަމަކަށް ފަހު ފަހިކަން ވެއެވެ.“
ރަސްގެފާނު ޖަވާބުގައި ވިދާޅުވިއެވެ:
”މިތުރާއެވެ. އަހުރެންގެ ހިތާމައިގައި ބައިވެރިވާށެވެ. މިއީ ތަހުނިޔާގެ ވަގުތެއް ނޫނެވެ. އަހުރެންނަށް ތިބާ އެންމެ ފަހުން ފެނުނު އިރު، އަހުރެންގެ ކަނބޮޑުވުމަކަށް ވީ ކާނެ ރޮށްޓެއް ނެތުމެވެ. މިހާރު، ދުނިޔެ ފުރޭހާ ކަންބޮޑުވުމުން އަހުރެން ދީވާނާ ކޮށްފިއެވެ.“
29
ރަސްރަސްކަލުންގެ ވެރި ޕާދުޝާހްގެ ދީވާންކަން (ފައިސާއާ ބެހޭ ވަޒީރުކަން) މީހެއްގެ ރައްޓެއްސަކަށް ލިބުމުން، ރަޙްމަތްތެރިޔާ އާ ބައްދަލުނުކުރަނީ ކީއްވެތޯ އެހެން މީހަކު ސުވާލު ކުރިއެވެ. ޖަވާބުގައި އޭނާ ބުންޏެވެ: ”އަހުރެން އޭނާ އާ ބައްދަލުކުރާކަށް ބޭނުމެއް ނޫނެވެ.“
ދީވާންގެ ޚާދިމަކަށް އުޅޭ އެ ތަނުގައި އެ ވަގުތު ހުރި މީހަކު ސުވާލު ކުރިއެވެ. ”އޭނާ އާ ބައްދަލު ނުކުރަން، ދީވާން ކުރީ ކޮން ކުށެއް ހެއްޔެވެ؟“
ޖަވާބުގައި ބުންޏެވެ: ”އެއްވެސް މައްސަލައެއް އޮތީކީ ނޫނެވެ. ރަޙްމަތްތެރިއަކަށް ދީވާންކަން ލިބުމުން، އޭނާ އެ މަޤާމުން ވަކިކުރުމުން ބައްދަލުކުރުން މާ ރަނގަޅެވެ.“
އެމީހުންގެ ހިތުގެ ހިތާމަ، ރަޙްމަތްތެރިންނަށް ހާމަކުރާނެއެވެ.
30
އަބޫ ހުރައިރާ (މާތް ﷲ އެކަލޭގެފާނަށް ރަޙްމަތް ލައްވާށިއެވެ.) ކޮންމެ ދުވަހަކު އިތުރު އެކަލޭގެފާނަށް ޒިޔާރަތް ކުރެއްވުމުގައި ވިއެވެ.
މާތް ﷲ ޞަލާވާތާއި ސަލާމް ލެއްވި އެކަލޭގެފާނުން ހަދީސް ކުރެއްވިކަމަށް ވަނީ އަޅުގަނޑުމެން ދެމެދުގައިވާ ލޯބި އިތުރުވިޔަ ދިނުމަށް ދެދުވަހުން އެއް ދުވަހު ޒިޔާރާތް ކުރެއްވުމަށެވެ.
އަޅުވެރިއަކަށް މީހަކު ބުންޏެވެ: ”އިރު އެހާ ފުރިހަމަ ކަމުގައި ވިއަސް، މީހުން އެއީ ރައްޓެއްސެއް ކަމުގައި ބަލައި ނުވަތަ އެއަށް ލޯބި ޖެހިގެން އުޅުނު ވާހަކަ އަހުރެން އަޑެއް ނާހަމެވެ.“
އަދި އޭނާ ބުންޏެވެ: ”މިއީ އިރު ކޮންމެ ދުވަހަކު ފެންނާތީ އެވެ. ފިނި މޫސުން އައިސް އިރު ފޮރުވިފައިވުމުން އެއަށް އަހުރެމެން ލޯބިކުރަމެވެ.“
އެހެން މީހުން ތިބާއަށް އެއްޗެތިގޮވާ އަޑެއް ނީވޭނެއެވެ.
31
މީހަކު ބަނޑުގައި ވަރަށް ބޮޑަށް ވައި ހެދި، ހިފެހެއްޓޭނޭ ބާރެއް ނެތިގެން ބޭއިޚްތިޔާރުގައި ވައި ބޭރުކޮށްލައިފި އެވެ. އޭނާ ބުންޏެވެ:
”ރަޙްމަތްތެރިންނޭވެ! އަހުރެން ކުރިކަމަށް އަހުރެންގެ އެއްވެސް އިޚްތިޔާރެއް ނެތެވެ. މިކަމުގެ ކުށް އަހުރެންނަށް ރައްދު ނުކުރުން އެދެމެވެ. މިކަމުގެ ސަބަބުން އެތެރެހަށި ޞުލްޙަ ވެއްޖެއެވެ. އޯގާތެރިކަމާ އެކު އަހުރެންނަށް މަޢާފު ކުރާށެވެ.“
އެއީ ބަނޑުގައި ވައި ހުރުމަކީ ހިތަށް ލިބޭ ބުރައެކެވެ.
32
ދިމިޝްޤުގެ ރައްޓެހީންގެ މަތިން ފޫހިވެގެން، އަހުރެން ޤުދުސްގެ ކައިރީގައިވާ ސަހަރާތެރެއަށް ގޮސް، ޖަނަވާރުތަކާ އެކު އެއް ދުވަސްވަރަކު އުޅުނީމެވެ. މިހެން އުޅުމުގެ ތެރޭގައި އަހުރެން ފަރަންޖީންގެ އަތް ދަށުގައި ޤައިދުވެއްޖެއެވެ. ޓަރަޕޮލިސް ވަށައިގެން ކަންޒެއް ކޮނުމަށް އުޅުނު ކާފަރުންގެ ބައިގަނޑެއްގެ ތެރޭގައި އަހުރެން ލައްވާ މަސައްކަތް ކުރުވަން އުޅެނިކޮށް، ކުރިން ރައްޓެހި ޙަލަބުގެ ވެރިއަކަށް އަހުރެން ފާހަގަ ކުރެވިގެން އޭނާ ސުވާލު ކުރިއެވެ: ”ތިބާ މިވަނީ ކޮންފަދަ ޙާލަތެއްގައި ހެއްޔެވެ؟“
އަހުރެން ޖަވާބުގައި ބުނީމެވެ:
ބީރައްޓެހީންނާ އެކު މާބަގީޗާއެއްގައި ވުމަށް ވުރެ ރަނގަޅެވެ.“
އަހުރެންގެ ޙާލަތާ މެދު އޭނާ ސަހަރޯވެރިވެ، ފަރަންޖީންގެ އަތުން 10 ދީނާރަށް ގަނެގެން ގެންގޮސް، ހަލަބުގައިވި އޭނާގެ އަންހެން ދަރިއަކާ 100 ދީނާރުގެ ރަނަށް އަހުރެން ކައިވެނި ކުރުވައިފިއެވެ. ދުވަސްކޮޅެއް ވީ ފަހުން، އެ އަންހެންމީހާ ވީ، ޒުވާބު ކުރާ، އަނގަހުތުރު، ކިޔަމަންނުވާ، އަހުރެންގެ ޙަޔާތް ހިތިކުރާ އަނތްބަކަށެވެ.
މާތް ﷲ އެވެ. އަޅަމެން އަލިފާނުގެ އަޒާބުން ރައްކާތެރި ކުރައްވާށިއެވެ.
އެއް ފަހަރަކު އެ ކަބުލޭގެ ޒުވާބުގެ ދޫ ދިގުކޮށް ބުންޏެވެ: ”ތިބާއީ އަހުރެންގެ ބައްޕަ، ފަރަންޖީންގެ އަތުން 10 ދީނާރަށް ގަތް އަޅެއް ނޫން ހެއްޔެވެ؟“ އަހުރެން އެކަބުލޭގެއަށް ޖަވާބު ދިނީމެވެ: ”އާއެކެވެ. އޭނާ އަހުރެން ގަތީ 10 ދީނާރަށެވެ. އަދި ތިބާގެ މުށުތެރެއަށް 100 ދީނާރަށް އަހުރެން ވިއްކައިލީއެވެ.“
އެކަމަކު އަހުރެންނަށް މިހާރު ފެންނަނީ ތިބާއީ ޒިއުބެއް ކަމުގައެވެ.
33
އެކަހެރިކޮށް އުޅޭ އަޅުވެރިއެއްގެ ކައިރީގައި، ރަސްރަސްކަލުންގެ ވެރި ޝަހެންޝާހެއް ސުވާލު ކުރިއެވެ: ”އަގުހުރި ވަގުތު ކަލާ ހޭދަކުރަނީ ކިހިނެއް ހެއްޔެވެ؟“
އޭނާ ޖަވާބު ދިނެވެ: ”މުޅި ރޭގަނޑު އަހުރެން ހޭދަކުރަނީ އަޅުކަމުގައެވެ. ހެނދުނުގެ ވަގުތުތައް ދުޢާކުރުމުގައެވެ. އަދި ބާކީ ވަގުތު، ޚަރަދު ކުޑަކުރުމުގައެވެ.“
ދެން ޝަހެންޝާހް، މިމީހާގެ އާއިލާގެ ޚަރަދުތައް ހަމަޖެއްސުމުގެ ފިކުރުން އެކަހެރިކުރުވުމަށް، އެހީއެއްގެ ގޮތުގައި އެކަށީގެންވާ ފައިސާކޮޅެއް ދިނުމަށް އަމުރު ކުރެއްވިއެވެ.
މާދަމާ ދަރިން ކާނެ އެއްޗަކާ މެދު ފިކުރު ކުރެވެއެވެ.
34
އަޅުވެރިއެއް ކަމަށް ބުނާ ޢާބިދު މީހަކު، ސީރިޔާގެ ސަހަރާގެ ތެރޭގައި، އޭނާގެ އަޅުކަމާއިގެން އުޅެތެވެ. ކާނާއަކަށް ވެފައިވަނީ ސަހަރާގައި ހެދޭ ގަސްތަކުގެ ފަތެވެ. ސަހަރާއިން ޙައްޖަށް ދިޔަ ރަސްކަލަކަށް މީނާ ފެނިވަޑައިގެން ވިދާޅުވިއެވެ: ”ތިބާ އެއީ ރަނގަޅު ކަމެއް ކަމަށް ދެކޭނަމަ، ސަހަރުގެ ތެރޭގައި ތިބާއަށް އަޅުކަމުގައި އުޅެވޭނޭ ތަނެއް ހަދައިދީފާނަމެވެ. އެއިރުން، ތިބާގެ ފަރާތުން ރޫޙާނީ އިރުޝާދު ސަހަރުގެ މީހުންނަށް ލިބި، އެމީހުން ތިބާގެ ރަނގަޅުގޮތްތައް ކޮޕީކޮށްފާނެެވެ.“ މި މީހާ، ރަސްގެފާނުގެ ދަޢުވަތަށް އިންކާރު ކުރުމުން، ވެރިކަމުގެ ތަނބުތައް ވިދާޅުވީ ރަސްގެފާނުގެ ހިތްހަމަޖެހިވަޑައިގަތުމަށް، ދުވަސްކޮޅެއް ވަންދެން ސަހަރުގައި މަޑުކޮށްލުމަށެވެ. ސަހަރުގެ ޙާލަތު ދެނެގަނެ، އޭނާގެ ވަގުތުގެ ސާފުކަން ބީރައްޓެހިންނާ ގުޅުމުން ކިލަނބުވެދާނެ ކަމަށް ފެނިއްޖެނަމަ، އިންކާރު ކުރުމުގެ ފުރުޞަތު އޮންނާނޭ ކަމަށެވެ.
މި މީހާއަށް ރަސްގެފާނު ހަމަޖެއްސެވީ، ބަގީޗާެއެއްގެ ތެރޭގައިވާ ގެއެކެވެ. އެއީ މޭ ހެޔޮކުރާ، ރޫޙު ތާޒާކުރާ ހިސާބެއްގައިވާ ގެއެކެވެ.
ކިރުކަމަނާއިންގެ ގާތުން އަދި ކިރުނުބޯ ޅަކުދިން ފަދަައެވެ.
ފެހި ގަސްތަކުގެ އޮފިތަކުގައި ހުޅުރޯވެފައިވާ ކަހަލައެވެ.
ރަސްގެފާނު އޭނާއަށް ޚިދުމަތް ކުރުމަށް ވަރަށް އަވަހަށް ރީތި އަންހެން އަޅަކު ފޮނުއްވައިފިއެވެ.
އެކަބުލޭގެ ފެނުމުން މުސްތަޚީލު ކަމެކެވެ.
އެކަބުލޭގެއަށް ފަހު ރަސްގެފާނު ފޮނުއްވީ އާސޯޚު ވާފަދަ ފުރިހަމަކަމަކާއި މާތް މަޑުމައިތިރިކަމެއް ހުރި ފިރިހެން ކުއްޖެކެވެ.
އެކަމަކު، ތަށި ހިފައިގެން ހުރި މީހާ ފެނެއް ނުދެއެވެ.
އޭނާ ފެނުމަކުން ހިތްހަމައެއް ނުޖެހޭނެއެވެ.
ޢާބިދު މީރު ކާނާއާއި ޒީނަތް ތެރި ހެދުންލައި، މޭވާތަކާއި ހުވަދުލެވިފައިވާ ގަނާދީ އިން އުފާހޯދައި، އަޅު ފިރިހެންކުއްޖާ އާއި އަންހެންކުއްޖާގެ ރީތި ކަމާ މެދު ވިސްނަން ފެށިއެވެ. ބުއްދިވެރިން މިހެން ބުނެފައިވާ ފަދައިންނެވެ. ”އަންހެން ކުދިންގެ އިސްތަށިގަނޑުގައިވާ ބުޅިތަކަކީ، ބުއްދިވެރިންގެ ފައި ހައްޔަރު ކުރެވޭ ކަސްތަޅުތަކަކާއި ޙިކްމަތްތެރި ދޫނިތަކުގެ ކޮށްޓެކެެވެ.“
އަހުރެންނީ ޙިކްމަތްތެރި ދޫންޏެވެ. ތިބާއީ މަޅިފައްޗެވެ.
ކުރުގޮތަކަށް ބުނާނަމަ، ކުރީ ދުވަސްވަރުގެ ހިތްހަމަޖެހުން ނިމުމަކަށް އައިސް ފިއެވެ. އެއީ މިހެން ބުނާ ފަދައިންނެވެ.
މާމުއިގައި ތާށިވަނީ މެހިފަދައިންނެވެ.
އެއް ފަހަރަކު ރަސްގެފާނު އޭނާއަށް ޒިޔާރަތް ކުރުމަށް ނިންމައި ވަޑައިގެންނެވި އިރު، ޢާބިދު އޭނާގެ ކުރީގެ ހާލަތުން ބަދަލުވެފައިވާ ކަން ފާހަގަ ކުރެއްވުނެވެ. އޭނާ ވަނީ ހަން ރަތްވެ، ބޯ ހުދުވެ، ފަލަވެފައެވެ. ރަސްގެފާނު ގެޔަށް ވެދެވަޑައިގެންނެވިއިރު، ފެނިވަޑައިގަތީ އާބިދު ސަރަންފީ އެއްގައި ރަން ކަސަބު އަޅައިފައިވާ ހެދުމެއް ލައިގެން އޮއްވައެވެ. އެއް ފަރާތުގައި ފިރިހެން ކުއްޖެއް، އަނެއް ފަރާތުގައި އަންހެން ކުއްޖެއް ސާމަރާ ދޫނީގެ ފަންކާއަކުން ވިހޭން ތިއްބެވެ. އެހާ ހިތްހަމަޖެހިގެން ޢާބިދު ވާތީ ރަސްގެފާނު އުފާފުޅުވާ ވާހަކަ ވިދާޅުވެ، އެކިއެކި މައުޟޫޢުތަކާ މެދު ވާހަކަފުޅު ދެއްކެވިއެވެ. އަދި ޒިޔާރަތް ނިންމާލައްވަމުން ވިދާޅުވިއެވެ: ”ޝޭޚުންނާއި ދަރުވޭސީންގެ ދެ ޖަމާޢަތާ މެދު އަހުރެން އަބަދުވެސް ބިރު ގަނެއެވެ.“
ރަސްގެފާނާއި އެކު ވަޑައިގެން ވަޒީރަކީ ފަލްސަފާ ވެރި، ދުނިޔޭގެ ހަމަތަކާ މެދު ތަޖުރިބާ ލިބިފައިވާ މީހެކެވެ. އޭނާ ދެންނެވިއެވެ: ”ރަސްގެފާނެވެ. ރަޙްމަތްތެރިކަމުގެ ޝަރުޠުތައް، މި ދެޖަމާޢަތާ މެދު ރަނގަޅަށް ކަންތައްތައް ކުރުމަށް ލާޒިމު ކުރެއެވެ. އެބައިމީހުން އިތުރަށް ކިޔުމަށް، ޝޭޚުންނަށް ރަން ދޭށެވެ. ނަމަވެސް، ޢާބިދުން، އެމީހުންގެ ގޮތުގައި ތިބުމަށް އެއްވެސް އެއްޗެއް ނުދޭށެވެ.“
އެފަދަ މީހަކު މިތަކެތި ޤަބޫލުކޮށްފި ނަމަ، އެހެން އަޅުވެރިއަކު ހޯދާށެވެ.
ރަނގަޅު ޚުލްޤެއް ހުރި، ސިއްރިޔާތުގައި އަޅުވެރި މީހަކީ ސޫފީ އެކެވެ.
އަންހެން ކުއްޖަކީ ރާނީ އެކެވެ.
ރިބަތުގެ ޕާނާއި ސަލާންޖަހައިގެން ހޯދާ ތަކެތި ބޭނުމެއް ނުވާނެއެވެ.
ފީރޯޒު އަނގޮޓީއާއި، ގަހަނާތަކާއި މޭކަޕެއް ބޭނުމެއް ނުވާނެއެވެ.
ދަރުވޭސީއެކޭ އަހަރެންނަށް ކިޔުން ހެޔޮވެގެން ނުވެއެވެ.
35
މަތީގައިވާ ވާހަކައިގާ ޚިޔާލު ހިމެނޭ އެހެން ވާހަކައެކެވެ. ރަސްކަލަކަށް އެއްފަހަރު ބޮޑު ކަމެއްދިމާވުމުން، ނަދުރެއް ވިދާޅުވެއްޖެއެވެ. އެއީ އެދިވަޑައިގަންނަވާ ގޮތަށް ކަންތައްތައް ނިމިއްޖެނަމަ، ކޮންމެވެސް މިންވަރެއްގެ ފައިސާއެއް އަޅުކަމުގައި އުޅޭ މީހުންނަށް ދެއްވުމަށެވެ. ރަސްގެފާނު އެދިވަޑައިގެންނެވިގޮތަށް ކަންތައްތައް ވުމުން، ނަދުރު ފުއްދަން ޖެހިވަޑައިގެންފިއެވެ. އެހެންކަމުން، ދިރުހަމްތަކެއް އަޅައިފައިވާ ކީސާއެއް އިތުބާރު ކުރެވޭ ޚާދިމަކަށް ދެއްވައި ދަރުވޭސީންނަށް ބަހަން ފޮނުއްވައިފިއެވެ.
ބުނެވޭގޮތުގައި އެ ޚާދިމަކީ ޙިކްމަތްތެރި ބުއްދިވެރި މީހެކެވެ. ރޭނގަޑުވުމުން، ގަނޑުވަރަށް އެނބުރި އައިސް، ދިރުހަމްތަކުގައި ބޮސް ދެއްވައި، ރަސްގެފާނުގެ ކުރިފުޅުމަތީ ބަހައްޓަވައިފައި ދެންނެވީ ދަރުވޭސީ އަކު ނުފެނުނު ކަމަށެވެ. ރަސްގެފާނު ޖަވާބު ދެއްވިއެވެ: ”ތިއީ ކޮން ހަމަ ނުޖެހޭ ވާހަކައެއް ހެއްޔެވެ؟ މި ސަހަރުގައި މަދުވެގެން 400 ދަރުވޭސީން އުޅެއެވެ.“
ޚާދިމު ޖަވާބުގައި ދެންނެވިއެވެ: ”ދުނިޔޭގެ ވެރި ރަސްގެފާނެވެ. ދަރުވޭސީންނެއް ފައިސާއެއްގައެއް ނުހިފިއެވެ. ފައިސާގައި ހިފަން ބުނި މީހުންނަކީ ދަރުވޭސީންނެއް ނޫނެވެ.“
ރަސްގެފާނު ހިނިފުޅުވަޑުވާފައި ދަރުބާރަށް އެންގެވިއެވެ: ”ﷲ އަށް އަޅުކަން ކުރާ އެ ޖަމާޢަތުގެ މީހުންނަށް އަހަރެން ހެޔޮކޮށް ކަންތައް ކުރަން ބޭނުން ވިއަސް، މި ލުއްޗާ އެމީހުންނާ ދޭތެރޭ ހަސަދަވެރި ވެއެވެ. އެކަމަކު ޙަޤީޤަތް ވަނީ އޭނާ ބުނި ބަހުގައެވެ.“
އޭނާއަށް ވުރެ އަޅުވެރި ދަރުވޭސީއަކު ހޯދާށެވެ.

